-
1
الٓر ۚ كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ
ʹAlif-Laaam-Raa. Kitaabun ʹañzalnaahu ʹilayka litukhrijan naasa minaz̤̣ z̤̣ulumaati ʹilan Noori― biʹiẓni Rabbihim ʹilaa Ṣiraaṭil ʻAzeezil Ḥameed!―
ބައެއް ސޫރަތް ފެށޭތަންތާ އެހުންނަ ވަކިއަކުރުގެ މުރާދެއް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އަޅުތަކުންނަށް އޭގެ މާނަތައް ފުރިހަމައަށް އަންގަވާފައި ނުވާތީ مفسّر ންނާއި عالم ންނަށްވެސް ވަނީ خيال އާއި ލަފާއެވެ. މިސޫރަތް ފެށޭތާވެސް މިއީ ހަމަ އެމޭރުމުންވާ އަކުރުތަކެކެވެ. والله أعلم. (އޭ رسول ﷲ އެވެ!) މި قرآن އަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ ފޮތެކެވެ. (ކާފަރުކަމާއި މަގުފުރެދުމާއި جاهل ކަމުގެ އަނދިރިކަމުގެ ތެރެއިން) ކަލޭގެފާނު މީސްތަކުން ނެރުއްވައި އީމާންކަމާއި ތެދުމަގާއި علم ގެ އަލިކަމުގެތެރެއަށް އެމީހުން ވެއްދުމަށެވެ. އެއީ عزّة ވަންތަ އަދި حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެ ކަނޑައަޅުއްވާފައި شريعة ގެ މަގަށް އެބައިމީހުންގެ ربّ ގެ އިޒުނަފުޅަށް މަގުދެއްކެވުމަށެވެ.
-
2
ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَوَيْلٌ لِّلْكَـٰفِرِينَ مِنْ عَذَابٍ شَدِيدٍ
ʹAllaahil laẓee lahoo maa- fis samaawaati wa-maa fil ʹarḍ! Wa-waylul lilkaafireena min ʻaẓaabiñ shadeed!
ﷲ އެއީ عزّة ވަންތަ އަދި حمد ލިބިވޮޑިގެންވާ ކަލާނގެއެވެ. އެއީ އުޑުތަކާއި ބިމުގައިވާހާ ތަކެތި އެކަލާނގެއަށް މިލްކުވެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއަށް ކާފަރުވެއްޖެ ބަޔަކަށް ގަދަވެގެންވާ عذاب ގެ وَيْلُ ހުއްޓެވެ. (وَيْلُ އަކީ ނަރަކަވަންތަވެރިން ގައިން އޮހޭ ދޮހާއި ފާދިޔައިގެ وَادى އެއްކަމުގައި ބުނެވެއެވެ. ނުވަތަ ގަދަހޫނުގެ وَادى އެއްކަމުގައި ބުނެވުނެވެ.) والله أعلم.
-
3
ٱلَّذِينَ يَسْتَحِبُّونَ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْـَٔاخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍۭ بَعِيدٍ
ʹAllaẓeena yastaḥibboonal ḥayaatad dunyaa ʻalal ʹAakhirati wa-yaṣuddoona ʻañ sabeelil laahi wa-yabg̣oonahaa ʻiwajaa: ʹUlaaaʹika fee ḍalaalim baʻeed.
މިދެންނެވި ކާފަރުންނަކީ آخرة ގެ حياة ގެމައްޗަށް ދުނިޔޭގެ حياة އިސްކޮށް އެއަށް ލޯބިކުރާ މީހުންނެވެ. އަދި މީސްތަކުންނަށް ﷲ ގެ މަގު (އެކަލާނގެ دين) ބަންދުކޮށް އެދީނަށް ވަންނަން އެދޭމީހުންނަށް -އަދި އެދީނަށް އުޅެންއެދޭ މީހުންނަށް - އެކަން މަނާކުރާމީހުންނެވެ. އަދި އެމީހުންނަކީ ﷲ ގެ ދީން ބަދަލުކޮށް ހުއްދަނޫންގޮތްގޮތަށް تَأوِيل ކޮށް އެދީން ގުދުކުރަން އެދޭމީހުންނެވެ. ކަނޑައެޅިގެން އެމީހުން އެވަނީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
-
4
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Wa-maaa ʹarsalnaa mir rasoolin ʹillaa bilisaani q̣awmihee liyubayyina Lahum. Fayuḍillul laahu mañy yashaaaʹu wa-yahdee mañy yashaaaʹ: wa-Huwal ʻAzeezul Ḥakeem.
އަދި ތިމަންރަސްކަލާނގެ އެއްވެސް رسول ބޭކަލެއް އެބޭކަލެއްގެ قوم ގެ މީހުން ވާހަކަދައްކާ ބަހުންމެނުވީ رسول ކަމާއިގެން ނުފޮނުއްވަމެވެ. (ކޮންމެ ބޭކަލަކުވެސް އެބޭކަލެއްގެ رسول ކަން އިއްވަވަނީ އެބޭކަލަކު އެފޮނުއްވުނު ރަށެއްގެބަޔަކު ވާހަކަ ދައްކާ ބަހުންނެވެ.) އެއީ އެބޭކަލަކު އެ قوم ގެ މީހުންނަށް ބަޔާންކޮށްދެއްވުމަށެވެ. ދެން އަދި އެބައިމީހުން ރަނގަޅަށް ވިސްނާ ހެދުމަށެވެ. ދެންފަހެ ﷲ އެ އެދިވޮޑިގަންނަވާއަޅަކު މަގުފުރައްދަވައި އަދި އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ތެދުމަގު ދައްކަވައެވެ. އަދި އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
5
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ أَنْ أَخْرِجْ قَوْمَكَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ وَذَكِّرْهُم بِأَيَّىٰمِ ٱللَّهِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ
wa-laq̣ad ʹarsalnaa Moosaa biʹAayaatinaaa ʹan ʹakhrij q̣awmaka minaz̤̣ z̤̣ulumaati ʹilan Noori, waẓakkirhum̃ biʹAyyaamil laah. ʹInna fee ẓaalika laʹAayaatil likulli ṣabbaariñ shakoor.
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ دليل ތަކާއި معجزة ތަކާއިއެކު موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. (އަދި އެކަލޭގެފާނަށް އެންގެވީމެވެ.) ކާފަރުކަމާއި جاهل ކަމުގެ އަނދިރިން ކަލޭގެފާނުންގެ أمّة ނެރުއްވާށެވެ! އަދި إيمان ކަމާއި علم ގެ އަލިކަމުގެ ތެރެއަށް އެމީހުން ވައްދަވާށެވެ! އަދި ﷲ ގެ އެކިއެކި واقعة ތަކާއި مصيبة ތައް އެމީހުންނަށް ހަނދާންކޮށްދެއްވާށެވެ! (އިސްވެދިޔަ أمّة ތަކަށް ދިމާވި ކަންތައްތައް އެމީހުންނަށް ކިޔައިދެއްވާށެވެ! ހަމަކަށަވަރުންވެސް އެކަންކަމުގައި ކެތްތެރިވުން ގިނަ އަދި ގިނަގިނައިން شكر ކުރާބަޔަކަށް (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) ދަލީލުތަކާއި حجّة ތައްވެއެވެ.
-
6
وَإِذْ قَالَ مُوسَىٰ لِقَوْمِهِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ أَنجَىٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ وَيُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌ مِّن رَّبِّكُمْ عَظِيمٌ
Wa-ʹiẓ q̣aala Moosaa liq̣awmihiẓ kuroo niʻmatal laahi ʻalaykum ʹiẓ ʹañjaakum min ʹAali Firʻawna yasoomoonakum soooʹal ʻaẓaabi wa-yuẓabbiḥoona ʹabnaaaʹakum wa-yastaḥyoona nisaaʹakum: wa-fee ẓaalikum balaaaʹum mir Rabbikum ʻaz̤̣eem.
އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެމައްޗަށް ﷲ ލެއްވި (ބޮޑު) نعمة ކަލޭމެން ހަނދާންކުރާށެވެ! އެއީ فرعون ގެ آل ންގެ ކިބައިން އެކަލާނގެ ކަލޭމެން ސަލާމަތްކުރެއްވިހިނދުއެވެ. އެ فرعون ގެ މީހުން ކަލޭމެންނަށް عذاب ގެ ނުބައިކަމުގެ ރަހަދައްކާހެދިއެވެ. ބޮޑެތި تكليف ތައްވެސް ޖައްސާހެދީއެވެ. އަދި އެމީހުން ކަލޭމެންގެ ފިރިހެންދަރިން މަރައި އަދި ކަލޭމެންގެ އަންހެންދަރިން ނުމަރައި ދޫކުރިއެވެ. (ޝައްކެތްވެސްނެތްގޮތުގައި) އެކަމުގައި ކަލޭމެނަށް ކަލޭމެންގެ ربّ ގެ حَضْرَةُ ން ބޮޑުވެގެންވާ إمتحان އެއްވެއެވެ.
-
7
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ
Wa-ʹiẓ taʹaẓẓana Rabbukum laʹiñ shakartum laʹazeedannakum wa-laʹiñ kafartum ʹinna ʻaẓaabee lashadeed.
އަދި ކަލޭމެންގެ ربّ ކަލޭމެންނަށް އަންގަވާ إعلان ކުރެއްވިހިނދު ހަނދާންކުރާށެވެ! (އެކަލާނގެ އެންގެވިއެވެ.) ކަލޭމެން ތިމަންރަސްކަލާނގެ نعمة އަށް شكر ކުރިއްޔާ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެނަށް نعمة އިތުރުކޮށްދެއްވާހުށީމެވެ. (نعمة އަށް ޝުކުރު ކުރުމުގެ އެންމެމަތީ ކަމަކީ ކިޔަމަންތެރިވުމެވެ.) އަދި ކަލޭމެން ކާފަރުވެއްޖެއްޔާ (عذاب ދެއްވާހުށީމެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ عذاب ގަދަވެގެންވެއެވެ.
-
8
وَقَالَ مُوسَىٰٓ إِن تَكْفُرُوٓا۟ أَنتُمْ وَمَن فِى ٱلْأَرْضِ جَمِيعًا فَإِنَّ ٱللَّهَ لَغَنِىٌّ حَمِيدٌ
Wa-q̣aala Moosaaa ʹiñ takfurooo ʹañtum wa-mañ fil ʹarḍi jameeʻañ faʹinnal laaha la-G̣aniyyun Ḥameed.
އަދި موسى (عليه السّلام) ވިދާޅުވިއެވެ. ކަލޭމެންނާއި އަދި ބިންމަތީގައިވާ އެންމެން ކާފަރުވިޔަސް (އެކަމުން ﷲ އަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި (އެކަލާނގެ ހިންގަވާ ކަންތަކަށް) حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެއެވެ.
-
9
أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ مِن قَبْلِكُمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ ۛ وَٱلَّذِينَ مِنۢ بَعْدِهِمْ ۛ لَا يَعْلَمُهُمْ إِلَّا ٱللَّهُ ۚ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَرَدُّوٓا۟ أَيْدِيَهُمْ فِىٓ أَفْوَٰهِهِمْ وَقَالُوٓا۟ إِنَّا كَفَرْنَا بِمَآ أُرْسِلْتُم بِهِۦ وَإِنَّا لَفِى شَكٍّ مِّمَّا تَدْعُونَنَآ إِلَيْهِ مُرِيبٍ
ʹAlam yaʹtikum nabaʹul laẓeena miñ q̣ablikum Q̣awmi Nooḥiñw waʻAadiñw wa-S̤amooda wallaẓeena mim baʻdihim? Laa- yaʻlamuhum ʹillallaah. Jaaaʹat hum rusuluhum bilbayyinaati faraddooo ʹaydiyahum feee ʹafwaahihim wa-q̣aalooo ʹinnaa kafarnaa bimaaa ʹursiltum̃ bihee wa-ʹinnaa lafee shakkim mimmaa tadʻoonanaaa ʹilayhi mureeb.
ކަލޭމެންގެ ކުރީގެ މީހުންގެ خبر ކަލޭމެނަކަށް ނުލިބޭހެއްޔެވެ؟ (އޭގެ މުރާދަކީ ލިބިފައިވާނެއެވެ.) އެއީ نوح عليه السّلام ގެ قوم އާއި عَاد ބާގައިގެމީހުންނާއި ثمود ބާގައިގެމީހުންނާއި އަދި އެމީސްމީހުންގެ ފަހުން ދެން އައި މީސްމީހުންނެވެ. އެމީހުންގެ عدد އާއި މިންވަރު ﷲ ނޫން ފަރާތަކަށް ނޭނގެއެވެ. އެމީހުންގެ ގާތަށް އެމީހުންގެ رسول ން ބަޔާންވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވިއެވެ. (އަދި އެބޭބޭކަލުންގެ رسول ކަން އެ أمّة ތަކަށް އިއްވެވުމުން) އެ أمّة ތަކުގެ ކާފަރުންތައް ރުޅިއައިސްގެން އެމީހުންގެ އަނގަތަކުގައި އަތްތައްއެޅިއެވެ. (އިނގިލިތަކުގައި ދައިގަތެވެ.) އަދި އެމީހުން ބުންޏެވެ. ތިޔަބޭކަލުން އެއެއްޗަކާއިގެން ފޮނުވުނު ތަކެއްޗަށް އަހުރެމެން މިވަނީ ކާފަރުވެގެންނެވެ. އަދި ތިޔަބޭކަލުން އެކަމެއްގެ ފަރާތަށް އަހުރެމެންނަށް ތިޔަގޮވާލައްވާ ކަންތަކާމެދު ހަމަކަށަވަރުން އަހުރެމެން މިވަނީ ޝައްކެއްގައެވެ. އަހުރެމެންނަކީ އެކަމަށް ޝައްކުކުރާ ބަޔަކީމެވެ.
-
10
۞ قَالَتْ رُسُلُهُمْ أَفِى ٱللَّهِ شَكٌّ فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَدْعُوكُمْ لِيَغْفِرَ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرَكُمْ إِلَىٰٓ أَجَلٍ مُّسَمًّى ۚ قَالُوٓا۟ إِنْ أَنتُمْ إِلَّا بَشَرٌ مِّثْلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعْبُدُ ءَابَآؤُنَا فَأْتُونَا بِسُلْطَـٰنٍ مُّبِينٍ
Q̣aalat rusuluhum ʹafil laahi shakkuñ Faaṭiris samaawaati wal-ʹarḍ? Yadʻookum liyag̣fira lakum miñ ẓunoobikum wa-yuʹakhkhirakum ʹilaaa ʹajalim musammaa! Q̣aalooo ʹin ʹañtum ʹillaa basharum mis̤lunaa! Tureedoona ʹañ taṣuddoonaa ʻammaa kaana yaʻbudu ʹaabaaaʹunaa faʹtoonaa bisulṭaanim mubeen.
އެމީހުންގެ رسول ން އެމީހުންނަށް ވިދާޅުވިއެވެ. ﷲ އާއިމެދު އެއްވެސް ޝައްކެއްވޭހެއްޔެވެ؟ (އެއީ حقّ إله ކަމާމެދު އޮޅުމެއްވޭހެއްޔެވެ؟) އެއީ އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ކަލާނގެއެވެ. އެކަލާނގެ ކަލޭމެންނަށް ގޮވާލައްވަނީއެވެ. (އެކަލާނގެ އެއްކައުވަންތަކަން قبول ކުރުމަށާއި އެކަލާނގެއަށް ކިޔަމަންތެރިވުމަށެވެ.) އޭރުން އެކަލާނގެ ކަލޭމެންގެ ފާފައިގެތެރެއިން ފުއްސަވާނެތެވެ. އަދި ކަނޑައެޅި އެނގިގެންވާ ވަގުތަކަށް (އެބަހީ: قيامة ދުވަހަށް) އެކަލާނގެ ކަލޭމެން ފަސްކުރައްވާހުއްޓެވެ. އެމީހުން ދެންނެވިއެވެ. ތިޔަބޭކަލުންނަކީވެސް ހަމަ އަހުރެމެންފަދަ آدم ގެ ދަރިބަޔަކުކަމުގައި މެނުވީ ނުވެއެވެ. (ملائكة ބޭކަލުންނެއްނޫނެވެ.) ތިޔަބޭކަލުން ތިޔައެދިވަޑައިގަންނަވަނީ އަހުރެމެންގެ ކާބަފައިން އަޅުކަންކުރިތަކެތީން (ބުދުތަކުން) އަހުރެމެން ދުރުކޮށް އެކަން މަނާކުރައްވާށެވެ. ފަހެ (ތިޔަބޭކަލުން ތިޔަވިދާޅުވާ އެއްޗެއް ތެދުކަމުގެމައްޗަށް بيان ވެގެންވާ دليل އަހުރެމެންނަށް ނިކަން ގެނަސްދީބަލާށެވެ!)
-
11
قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌ مِّثْلُكُمْ وَلَـٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ وَمَا كَانَ لَنَآ أَن نَّأْتِيَكُم بِسُلْطَـٰنٍ إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
Q̣aalat lahum rusuluhum ʹin naḥnu ʹillaa basharum mis̤lukum wa-laakinnal laaha yamunnu ʻalaa mañy yashaaaʹu min ʻibaadih. Wa-maa kaana lanaaa ʹan naʹtiyakum̃ bisulṭaanin ʹillaa biʹiẓnil laah. Wa-ʻalal laahi falyatawakkalil Muʹminoon.
އެމީހުންގެ رسول ބޭކަލުން އެމީހުންނަށް ވިދާޅުވިއެވެ. (ކަލޭމެން ތިޔަބުނާގޮތަށް) ކަލޭމެންކަހަލަ آدم ގެދަރިން ކަމުގައިމެނުވީ އަހުރެމެން ނުވެއެވެ. އަދި އެހެންނަމަވެސް ﷲ تعالى އެކަލާނގެ އަޅުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅެއްގެމައްޗަށް ދީލަތިވެވޮޑިގަންނަވައި حقّ މަގަށް توفيق ދެއްވައެވެ. އަދި ﷲ ގެ އިޒުނަފުޅަށް މެނުވީ އެއްވެސް دليل އެއް حجّة އެއް އަދި معجزة އެއް ގެނަސްގަތުމަކީ އަހުރެމެންނަށް އެކަށީގެންވާކަމެއްނޫނެވެ. ވާނޭކަމެއްނޫނެވެ. ފަހެ مؤمن ން ހަމައެކަނި ﷲ އަށް އިތުބާރުކޮށް وكيل ކުރާހުށިކަމެވެ!
-
12
وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدْ هَدَىٰنَا سُبُلَنَا ۚ وَلَنَصْبِرَنَّ عَلَىٰ مَآ ءَاذَيْتُمُونَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ
Wa-maa lanaaa ʹallaa natawakkala ʻalal laahi wa-q̣ad hadaanaa Subulanaa. Wa-lanaṣbiranna ʻalaa maaa ʹaaẓaytumoonaa. Wa-ʻalal laahi falyatawakkalil Mutawakkiloon.
އަދި އަހުރެމެން ﷲ އަށް وكيل ކޮށް އިތުބާރު ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ އެހެނީ ހަމަކަށަވަރުން އަހުރެމެންނަށް އަހުރެމެން ސަލާމަތްވާނޭ މަގުދެއްކެވީ އެކަލާނގެއެވެ. އަދި ހަމަކަށަވަރުން ކަލޭމެން (ކާފަރުންނާއި مشرك ންގެފަރާތުން) އަހުރެމެންނަށް ކުރާ އުނދަގޫތަކަށް ހަމަކަށަވަރުން އަހުރެމެން ކެތްކުރާހުށީމެވެ. އަދި وكيل ކޮށް އިތުބާރުކުރާމީހުން ހަމައެކަނި ﷲ އަށް وكيل ކޮށް ބަރޯސާކުރާހުށިކަމެވެ!
-
13
وَقَالَ ٱلَّذِينَ كَفَرُوا۟ لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۖ فَأَوْحَىٰٓ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ ٱلظَّـٰلِمِينَ
Wa-q̣aalal laẓeena kafaroo lirusulihim lanukhrijannakum min ʹarḍinaaa ʹaw lataʻoodunna fee millatinaa. Faʹawḥaaa ʹilayhim Rabbuhum lanuhlikannaz̤̣ z̤̣aalimeen!
އަދި ކާފަރުންގެ މީހުން އެމީހުންގެ رسول ންނަށް ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެމެންގެ ބިމުން ތިޔަބޭކަލުން ނެރެލާހުށީމެވެ. ނޫނީވިއްޔާ އަހުރެމެންގެ ދީނަށް ތިޔަބޭކަލުން ވައްދާހުށީމެވެ. ދެންފަހެ އެބޭކަލުންގެ ربّ އެބޭކަލުންނަށް وحي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އަނިޔާވެރިން - مشرك ން - ހަލާކުކުރައްވާހުށީމެވެ.
-
14
وَلَنُسْكِنَنَّكُمُ ٱلْأَرْضَ مِنۢ بَعْدِهِمْ ۚ ذَٰلِكَ لِمَنْ خَافَ مَقَامِى وَخَافَ وَعِيدِ
Wa-lanuskinan-nakumul ʹarḍa mim baʻdihim. Ẓaalika liman khaafa Maq̣aamee wa-khaafa waʻeed.
އަދި ހަމަކަށަވަރުން އެމީހުން ހަލާކުކުރެއްވުމަށްފަހު ބިމުގައި ތިމަންރަސްކަލާނގެ ތިޔަބޭކަލުން ހަމަޖައްސަވައިދެއްވާ ވަޒަންވެރިކޮށްދެއްވާ ހުރީމެވެ. އެގޮތަށް އެކަންކަން ތިމަންރަސްކަލާނގެ ހަމަޖައްސަވައިދެއްވަނީ ތިމަންރަސްކަލާނގެ حضرة ގައި ހުއްޓިހުންނަންޖެހޭ مقام އަށް ބިރުވެތިވާ މީހުންނަށެވެ. އަދި ތިމަންރަސްކަލާނގެ عذاب އާއި ކޯފާގެ ބަސްފުޅުތަކަށް ބިރުވެތިވާ އަޅުންނަށެވެ.
-
15
وَٱسْتَفْتَحُوا۟ وَخَابَ كُلُّ جَبَّارٍ عَنِيدٍ
wastaftaḥoo wa-khaaba kullu jabbaarin ʻaneed;
އަދި އެ رسولُ ބޭކަލުން ﷲ تعالى ގެ حضرة ން އެކާފަރުންގެމައްޗަށް نصر އަށް އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެ ބޮޑާ ނުކިޔަމަންތެރި ދެކޮޅުވެރިއަކު ގެއްލި ހަލާކުވިއެވެ.
-
16
مِّن وَرَآئِهِۦ جَهَنَّمُ وَيُسْقَىٰ مِن مَّآءٍ صَدِيدٍ
Miñw waraaaʹihee Jahannamu wa-yusq̣aa mim maaaʹiñ ṣadeed.
އަދި އެއިން ކޮންމެ جبّار ނުބައިމީހެއްގެ ކުރިމަތީގައިވަނީ ނަރަކައެވެ. އެތާނގެ ގަދަ عذاب އެވެ. އަދި އޭނާއަށް صديد ބޯންދެވޭނެއެވެ. (އެއީ ކާފަރުން އެތެރެހަށިން ނުކުންނަ ދިޔަވަރަކާއި އެކުވެފައިވާ ދޮހާއި ލެއެވެ. އަދި އެހެންގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. والله أعلم (ﷲم أجرنا من ذالك)
-
17
يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأْتِيهِ ٱلْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ ۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٌ
Yatajarraʻuhoo wa-laa yakaadu yuseeg̣uhoo wayaʹteehil mawtu miñ kulli makaaniñw wamaa huwa bimayyit: wa-miñw waraaaʹihee ʻaẓaabun g̣aleez̤̣.
އޭނާ އޭތި ބޯން އަނގައަށް އަޅާނެއެވެ. (އޭގެ ނުބައިކަމާއި ހިތިކަމުން) ދިރުވައިލުން ގާތްވެގެން ނުވާނެއެވެ. އެކަމަކު ބޯނެއެވެ. އަދި ހުރިހާ ދިމާއަކުން އޭނާއަށް މަރުއަންނާނެއެވެ. އެބަހީ: މަރުވާހާ އުދަނގޫތައް ވާނެއެވެ. އެކަމަކު އޭނާ މަރުނުވާނެއެވެ. އަދި އެ عذاب ގެ ފަހުގައި ދެންއޮތީ އަދި ގަދަވެގެންވާ عذاب އެވެ. نعوذ با للّه.
-
18
مَّثَلُ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ أَعْمَـٰلُهُمْ كَرَمَادٍ ٱشْتَدَّتْ بِهِ ٱلرِّيحُ فِى يَوْمٍ عَاصِفٍ ۖ لَّا يَقْدِرُونَ مِمَّا كَسَبُوا۟ عَلَىٰ شَىْءٍ ۚ ذَٰلِكَ هُوَ ٱلضَّلَـٰلُ ٱلْبَعِيدُ
Mas̤alul laẓeena kafaroo bi-Rabbihim ʹaʻmaaluhum karamaadinish taddat bihir reeḥu fee yawmin ʻaaṣif: laa- yaq̣diroona mimmaa kasaboo ʻalaa shayʹ: ẓaalika huwaḍ ḍalaalul baʻeed.
އެބައިމީހުން އެބައިމީހުންގެ ربّ އަށް ކާފަރުވީމީހުން ކުރި عمل ގެ މިސާލަކީ އަޅީގެ މިސާލެވެ. ވައިބާރު ދުވަހެއްގައި ވައި އައިސް އެއަޅިތައް ބުރުއްސައިލާ އަދި އެތާ އެކައްޗެއްވެސް ނެތި ސާފުވެގެންދިޔަ އަޅީގެ މިސާލެވެ. އެމީހުން ދުނިޔޭގައި ކުރި عمل ން އެމީހުންނަށް އެއްވެސްކަމެއް ކުޅަދާނަ ނުވާނެއެވެ. (އޭގައި އެއްވެސް ثواب އެއް ދަރުމައެއް آخرة ދުވަހުން ނުވާނެއެވެ.) ދުރުވެގެންވާ މަގުފުރެދުމަކީ އެއީއެވެ. އެއަޅިކޮޅުގެ މިސާލެވެ.
-
19
أَلَمْ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ
ʹAlam tara ʹannal laaha khalaq̣as samaawaati wal-ʹarḍa bil-Ḥaq̣q̣? ʹIñy yashaʹ yuẓhibkum wa-yaʹti bikhalq̣iñ jadeed.
(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން حقّ ގޮތުގައި ﷲ تعالى އުޑުތަކާއި ބިންހައްދަވާފައިވާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ (އެކަން ރަނގަޅަށް ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ.) އެކަލާނގެ އެދިވޮޑިގަންނަވާނަމަ އެކަލާނގެ ކަލޭމެން މިތަނުން ގެންދަވައި އަދި އެހެން އައު خلق ތަކެއް މިތަނަށް ގެންނަވައިފާނެއެވެ.
-
20
وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍ
Wa-maa ẓaalika ʻalal laahi biʻazeez.
އަދި އެކަމަކީ އެއީ ﷲ تعالى އަށް ބޮޑުކަމެއްކަމުގައި ނުވެއެވެ. އެކަން މަނާކުރާނެ އެކަކުވެސް ނުވެސް ހުންނާނެއެވެ.
-
21
وَبَرَزُوا۟ لِلَّهِ جَمِيعًا فَقَالَ ٱلضُّعَفَـٰٓؤُا۟ لِلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا مِنْ عَذَابِ ٱللَّهِ مِن شَىْءٍ ۚ قَالُوا۟ لَوْ هَدَىٰنَا ٱللَّهُ لَهَدَيْنَـٰكُمْ ۖ سَوَآءٌ عَلَيْنَآ أَجَزِعْنَآ أَمْ صَبَرْنَا مَا لَنَا مِن مَّحِيصٍ
Wa-barazoo lillaahi jameeʻañ faq̣aalaḍ ḍuʻafaaaʹu lil-laẓeenas takbarooo ʹinnaa kunnaa lakum tabaʻañ fahal ʹañtum mug̣noona ʻannaa min ʻAẓaabil laahi miñ shayʹ? Q̣aaloo law hadaanal laahu lahadaynaakum! Sawaaaʹun ʻalaynaaa ʹajaziʻnaaa ʹam ṣabarnaa maa- lanaa mim maḥeeṣ.
އަދި އެ އެންމެން އެކީ ކައްވަޅުތަކުން ނުކުމެގެން ﷲ تعالى ގެ حضرة އަށް ފާޅުވާނެއެވެ. محشر ގެ ميدان އަށް ހުސްބިމަށް ޖަމާވާނެއެވެ. ދެންފަހެ ދުނިޔޭގައި އުޅުނުއިރު ބޮޑާވެ ކިބުރުވެރިވީ މަތީމީހުންނާ تبع ވެގެންއުޅުނު ދެރަނިކަމެތިން އެމީހުންނަށް ބުނާނެއެވެ. (ދުނިޔޭގައި) އަހުރެމެންވީ ކަލޭމެނާ تبع ވެގެންވާ ބަޔަކުކަމުގައެވެ. (ކަލޭމެން ބުނިހާކަމެއް އަހުރެމެން ކުރީމެވެ.) ފަހެ ﷲ ގެ عذاب ގެތެރެއިން އެއްވެސް މިންވަރެއް އަހުރެމެންގެ ކިބައިން ކަލޭމެން دفاع ކޮށްދޭނޫހެއްޔެވެ؟ ދުރުކޮށްދޭށެވެ. އެމީހުން يعني: ބޮޑެތިމީހުން ބުނާނެއެވެ. ﷲ تعالى އަހުރެމެންނަށް ތެދުމަގުދެއްކެވިނަމަ އަހުރެމެންވެސް ކަލޭމެންނަށް ތެދުމަގުދެއްކީމުހެވެ. (މިހާރުދެން) އަހުރެމެން ކެތްތެރިކަމެއްނެތި ހަޅޭލައި ތެޅިފޮޅުނަސް އަދި ނުވަތަ ކެތްތެރިވިޔަސް ހަމަހަމައެވެ. އަހުރެމެންނަށް ސަލާމަތްވާން ދާނެ ތަނެއް ނެތެވެ.
-
22
وَقَالَ ٱلشَّيْطَـٰنُ لَمَّا قُضِىَ ٱلْأَمْرُ إِنَّ ٱللَّهَ وَعَدَكُمْ وَعْدَ ٱلْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ ۖ وَمَا كَانَ لِىَ عَلَيْكُم مِّن سُلْطَـٰنٍ إِلَّآ أَن دَعَوْتُكُمْ فَٱسْتَجَبْتُمْ لِى ۖ فَلَا تَلُومُونِى وَلُومُوٓا۟ أَنفُسَكُم ۖ مَّآ أَنَا۠ بِمُصْرِخِكُمْ وَمَآ أَنتُم بِمُصْرِخِىَّ ۖ إِنِّى كَفَرْتُ بِمَآ أَشْرَكْتُمُونِ مِن قَبْلُ ۗ إِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌ
Wa-q̣aalash shayṭaanu lammaa q̣uḍiyal ʹamru ʹinnal laaha waʻadakum waʻdal Ḥaq̣q̣i wa-waʻattukum faʹakhlaftukum. Wa-maa kaana liya ʻalaykum miñ sulṭaanin ʹillaaa ʹañ daʻawtukum fastajabtum lee: falaa taloomoonee wa-loomooo ʹañfusakum. Maaa ʹana bimuṣrikhikum wa-maaa ʹañtum bimuṣrikhiyy. ʹInnee kafartu bimaaa ʹashraktumooni miñ q̣abl. ʹInnaz̤̣ z̤̣aalimeena lahum ʻaẓaabun ʹaleem.
ކަންތައްތައްވެ ނިމުމުން ޝައިތާނު ބުނާނެއެވެ. (އެބަހީ: ސުވަރުގެވަންތަވެރިން ސުވަރުގޭގައި ހަމަޖެހި ނަރަކަވަންތަވެރިން ނަރަކައިގައި ހަމަޖެހި ނިމުމުން ޝައިތާނު ބުނާނެއެވެ. އެއީ އެސޮރު ނަރަކައިގައި ހުރެ ނަރަކަވަންތަވެރިންނާ مخاطب ކޮށް ބުނާބުނުމެކެވެ.) ހަމަކަށަވަރުން ﷲ تعالى ކަލޭމެންނަށް ހަމަ حقّ وعد ކުރެއްވިއެވެ. އަދި އަހުރެންވެސް ކަލޭމެނަށް وعد ކުރީއެވެ. އަދި އަހުރެން ކަލޭމެންނާކުރި وعد އާއި އަހުރެން خلاف ވީއެވެ. އަދި އަހުރެން وعد ކުރިއިރު އެބަސް ثابت ކަމުގެމައްޗަށް دليل ކުރާނޭ އެއްވެސް دليل އެއް حجّة އެއް އަހުރެންނަކަށް ނުވެއެވެ. ހަމައެކަނި ކަލޭމެންނަށް އަހުރެން ބުނާގޮތަށް އުޅުމަށް ގޮވިކަން ނޫން އެހެން އެއްވެސް ހެއްކެއްނެތެވެ. ދެން ކަލޭމެން (ﷲ ފިޔަވައި) އަހުރެންނަށް އިޖާބަދިނީއެވެ. ﷲ ގެ حقّ وعد އަށް އިޖާބަ ނުދިނީއެވެ. އެހެންވީއިރު ދެން މިހާރު ކަލޭމެން އަހުރެންނަށް މަލާމާތް ނުކުރާށެވެ! އަދި ކިއެއްހެއްޔެވެ! ކަލޭމެން ކަލޭމެންގެ އަމިއްލަ نفس ތަކަށް މަލާމާތް ކުރާށެވެ! ކަލޭމެން ސަލާމަތްކުރާނޭ މީހަކުކަމުގައި އަހުރެން ނުވެއެވެ. އަދި އަހުރެން ސަލާމަތްކުރާނޭ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ. ހަމަކަށަވަރުން މީގެކުރީ ދުނިޔޭގައި އުޅުނުއިރު ކަލޭމެން ﷲ އަށް ކުރި އަޅުކަމުގައި އަހުރެން ބައިވެރިކުރުމާމެދު އަހުރެން ދެކޮޅުހެދީމެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް - يعني: مشرك ންނަށް - ހުރީ (قيامة ދުވަހުން) ހަމަ ވޭންދެނިވި عذاب އެވެ.
-
23
وَأُدْخِلَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا بِإِذْنِ رَبِّهِمْ ۖ تَحِيَّتُهُمْ فِيهَا سَلَـٰمٌ
Wa-ʹudkhilal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati Jannaatiñ tajree miñ taḥtihal ʹanhaaru khaalideena feehaa biʹiẓni Rabbihim. Taḥiyyatuhum feehaa salaam!
އަދި إيمان ވެގެން صالح عمل ކުރި މީސްތަކުން އެތަންތާނގެ ދަށުން އާރުތައް ދެމިދެމިހުންނަ ބަގީޗާތަކަކަށް ސުވަރުގެތަކަށް (قيامة ދުވަހުން) ވެއްދެވޭނެއެވެ. އަދި އެބައިމީހުންގެ ربّ ގެ إذن ފުޅަށް އެމީހުން އެތާ ދެމިތިބޭ حال ގައެވެ. އަދި އެސުވަރުގޭގައި ملائكة ބޭކަލުން އެ ސުވަރުގެވަންތަވެރިންނާއި ކުރާ ސަލާމަކީ ހަމަ سلام މި ކަލިމައެވެ.
-
24
أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِى ٱلسَّمَآءِ
ʹAlam tara kayfa ḍarabal laahu mas̤alañ Kalimatañ Ṭayyibatañ kashajaratiñ ṭayyibatin ʹaṣluhaa s̤aabituñw wafarʻuhaa fis samaaaʹ,―
(އޭ رسول ﷲ އެވެ!) ﷲ تعالى ރަނގަޅު ކަލިމައެއްގެ މިސާލުޖައްސަވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ (އެމިސާލު ޖައްސަވަނީ) ރަނގަޅު ގަހެއްފަދައިންނެވެ. އެގަހުގެ މައިގަނޑާއި ބުޑު ރަނގަޅަށް ބިމުގައި ހަރުލާ ސާބިތުވެފައިވެއެވެ. އަދި އެގަހުގެ ގޮފިތައް މައްޗަށް އަރައިގެންގޮސް އުޑަށްގޮސްފައެވެ.
-
25
تُؤْتِىٓ أُكُلَهَا كُلَّ حِينٍۭ بِإِذْنِ رَبِّهَا ۗ وَيَضْرِبُ ٱللَّهُ ٱلْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ
Tuʹteee ʹukulahaa kulla ḥeenim biʹiẓni Rabbihaa. Wa-yaḍribul laahul ʹams̤aala linnaasi laʻallahum yataẓakkaroon.
އެގަހުގެ މޭވާ އެގަހުގެ ވެރި ربّ ގެ إذن ފުޅަށް ކޮންމެހިނދެއްގައިވެސް ލިބެއެވެ. އަދި މީސްތަކުންނަށް ﷲ تعالى މިސާލުތައް ޖައްސަވަނީ އެމީހުން نصيحة އާއި وعظ ލިބިގަނެ عبرة حاصل ކުރުމަށްޓަކައެވެ. • ދަންނައެވެ! މިދެއާޔަތުން މިސިފަކުރައްވާ ރަނގަޅު كلمة އަކާއިމެދު مفسّر ންގެ ބަސްތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ شَهَادَة أَن لاَ إله إلاّ ﷲ މި كلمة ކަމަށެވެ. (އެބަހީ: ﷲ ނޫން إله އަކު ނުވާކަމަށް ހެކިވުންކަމަށެވެ.) އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ مؤمن އަޅާގެ إيمان އެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ހަމަ ސީދާ مؤمن އަޅާކަމަށެވެ. އަދި ރަނގަޅު ގަހަކީ އެއީ ކަދުރު ރުއްކަމުގައި ވިދާޅުވާ مفسّر ން ގިނައެވެ. ކޮންމެއަކަސް مؤمن އަޅާ ބިމުގައި ގަސްފަދައިން ރަނގަޅަށް ސާބިތުވެހުރެ އޭނާ ﷲ އަށް ذِكر ކޮށް ހެޔޮކަންތައްތައް ކުރުމުން އެކަންތައްތައް ވަގުތުން އުޑަށް އުފުލެއެވެ. އެއީ ގަހުގެ ގޮފިތައް މައްޗަށްގޮސް އުޑާއި ހަމައަށް ދާ މިސާލެވެ. ކޮންމެހިނދެއްގައިވެސް އޭނާ ذكر ކޮށް އަޅުކަން ކުރުމުން އޭގެ ދަރުމަޔާ ސަވާބު އޭނާއަށް ލިބެއެވެ. އެއީ ގަހުގެ މޭވާ އަބަދު ލިބެވޭ މިސާލެވެ. ކަދުރު ރުކަކީވެސް އޭގެ މޭވާޔާ ފައިދާ އަބަދުވެސް ލިބެވޭ އެއްޗެކެވެ. والله أعلم.
-
26
وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ ٱجْتُثَّتْ مِن فَوْقِ ٱلْأَرْضِ مَا لَهَا مِن قَرَارٍ
Wa-mas̤alu kalimatin khabees̤atiñ kashajaratin khabees̤atinij tus̤s̤at miñ fawq̣il ʹarḍi maa- lahaa miñ q̣araar.
އަދި ނުބައި كلمة އެއްގެ މިސާލަކީ ނުބައި ގަހެއްގެ މިސާލެވެ. އެގަސް ބިމުން ލުހި ވަކިވެފައިވެއެވެ. އެގަހަށް އެއްވެސް ހަރުދަނާކަމެއް ثابت ކަމެއް ނުވެއެވެ. • ދަންނައެވެ! ނުބައި كلمة އަކީ كافر ކަލޭގެ ބުނާ ކާފަރު ބަހެވެ. شركގެ ބަހެވެ. އަދި އޭގެ މިސާލެއްކަމުގައި އެވަނީ ނުބައިގަހެއްގެ މިސާލެވެ. އެގަހަކީ އޭގެ މޭވާކަމުގައިވާ حَنْظَلَةُ އެވެ ކިޔާ ހިތި ނުބައި މޭވާއެއް ނުކުންނަ ގަހެކެވެ. ކާފަރުންގެ عمل އަކީވެސް އެފަދަ އެއްޗެކެވެ. އޭނާގެ عمل އަކީ ބިމުގައި ސާބިތު އެއްޗެއް ނޫނެވެ. އަދި އެ عمل އުޑަށް ނާރާނެއެވެ. އެއަކަށް ثواب އެއް ނެތެވެ. އޭނާ عمل އޮންނާނީ އޭނާގެ ބުރަކަށިމަތީގައެވެ. قيامة އަށް ދާންދެންނެވެ. والله أعلم.
-
27
يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُوا۟ بِٱلْقَوْلِ ٱلثَّابِتِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَيُضِلُّ ٱللَّهُ ٱلظَّـٰلِمِينَ ۚ وَيَفْعَلُ ٱللَّهُ مَا يَشَآءُ
Yus̤abbitul laahul laẓeena ʹaamanoo bil-Q̣awlis̤ S̤aabiti fil ḥayaatid dunyaa wa-fil ʹAakhirah; wa-yuḍillul laahuz̤̣ z̤̣aalimeena wayafʻalul laahu maa- yashaaaʹ.
إيمان ވީ މީސްތަކުން ސާބިތު ތެދުބަސް މަތީ ﷲ تعالى ދުނިޔޭގެ حياة ގައިވެސް ސާބިތުކުރައްވައެވެ. އެއީ لاَ إله إلاّ ﷲ محمّد رسول ﷲ އެވެ. އަދި آخرة ގައިވެސް އެބައިމީހުން އެބަސްމަތީ ސާބިތުކުރައްވައެވެ. އަދި އަނިޔާވެރިން - مشرك ން ﷲ تعالى އެމީހުން މަގުފުރައްދަވައެވެ. އަދި ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާހާ ކަމެއްކުރައްވައެވެ. • ދަންނައެވެ! إيمان ވީ މީސްތަކުން ﷲ تعالى ثابت ކުރައްވާ ވާހަކައިގެތެރޭގައި އެމީހުންނާއި ކައްވަޅުގައި ސުވާލު ވެވެމުންދާއިރު ﷲ تعالى އެމީހުން ރަނގަޅު جواب ގައި ސާބިތުކުރައްވާ ކަމުގައި ގިނަ ރިވާޔަތުން އައިސްފައިވެއެވެ. والله أعلم.
-
28
۞ أَلَمْ تَرَ إِلَى ٱلَّذِينَ بَدَّلُوا۟ نِعْمَتَ ٱللَّهِ كُفْرًا وَأَحَلُّوا۟ قَوْمَهُمْ دَارَ ٱلْبَوَارِ
ʹAlam tara ʹilal laẓeena baddaloo niʻmatal laahi kufrañw waʹaḥalloo q̣awmahum Daaral Bawaar.―
،(29) (އޭ رسول ﷲ އެވެ!) ﷲ ގެ نعمة ކާފަރުކަމަކަށް ބަދަލުކުރިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެމީހުން އެމީހުންގެ قوم ހަލާކުގެތެރެއަށް ހަލާކުގެ ގޮވަތީގެތެރެއަށް ވައްޓައިލިއެވެ. އެގޮވައްޗަކީ جهَنَّم އެވެ. ނަރަކައެވެ. އެއީ ހަމަޖެހުމަށް قرار ވުމަށް ނުބައިވެގެންވާ ތަނެކެވެ.\n• ދަންނައެވެ! މިއާޔަތުގައި ސިފަވެގެން މިދަނީ محمّد ﷺ އާއި مكّة ގެ ކާފަރު قريش ންގެ ވާހަކަކަމުގައި تفسير علم ވެރިންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވެއެވެ. އެމީހުންނަށް ﷲ ފޮނުއްވި نعمة އަކީ ﷲ ފޮނުއްވި މާތް رسول އާއެވެ. محمّد ﷺ އެވެ. އެއީ އެމީހުންނަށް އެކަލާނގެ ފޮނުއްވި ދުނިޔެއާއި آخرة ގެ نعمة އެވެ. އެމީހުން އެ نعمة އަށް ކާފަރުވީއެވެ. އެކަލޭގެފާނަށް إيمان ނުވެ އެކަލޭގެފާނު ރަށުންވެސް ނެރެލުމަށް މަސައްކަތް ކުރީއެވެ. އެ نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެ قوم ގެ ބޮޑެތި ކާފަރުންގެ ސަބަބުން ދެންތިބި އެތައްބަޔަކުވެސް ހަލާކުގެތެރެއަށް ވެއްޓުނީއެވެ. ބަދުރު ހަނގުރާމައިގައި އެތައްބަޔަކު ކާފަރުކަންމަތީ މަރުވެދިޔައީއެވެ. މިވާހަކައިގެ ސަބަބު މައްކާގެ ކާފަރުންނާއި ގުޅިގެން އައިސްފައި އޮތެއްކަމަކު އެގޮތަށް ކަންތައްކުރާ އެންމެން އޭގެތެރެއަށް ނުވަދެ ނުދާނެ އެއްގޮތެއްވެސް ނެތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ކީރިތި قرآن އާއި މާތް سنّة ގައިވާ حكم ތަކާއި ހަމަތައް ދޫކޮށް އެޔާ خلاف قانون ތައް ހަދާ އެއަށް تبع ވުމަށް އަމުރުކުރާ ބަޔަކު މިއާޔަތުގެ ދަށަށް ނުވަންނާނެ ބާވައެވެ؟ މައްސަލަ ހަމަ އެއްމައްސަލައެކެވެ. ތަނާއި މީހުންގެ ތަފާތެއް މެނުވީ ނެތެއްނޫންތޯއެވެ. والله أعلم.
-
29
جَهَنَّمَ يَصْلَوْنَهَا ۖ وَبِئْسَ ٱلْقَرَارُ
Jahannama yaṣlawnahaa, wa-biʹsal q̣araar!
،(29) (އޭ رسول ﷲ އެވެ!) ﷲ ގެ نعمة ކާފަރުކަމަކަށް ބަދަލުކުރިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެމީހުން އެމީހުންގެ قوم ހަލާކުގެތެރެއަށް ހަލާކުގެ ގޮވަތީގެތެރެއަށް ވައްޓައިލިއެވެ. އެގޮވައްޗަކީ جهَنَّم އެވެ. ނަރަކައެވެ. އެއީ ހަމަޖެހުމަށް قرار ވުމަށް ނުބައިވެގެންވާ ތަނެކެވެ.\n• ދަންނައެވެ! މިއާޔަތުގައި ސިފަވެގެން މިދަނީ محمّد ﷺ އާއި مكّة ގެ ކާފަރު قريش ންގެ ވާހަކަކަމުގައި تفسير علم ވެރިންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވެއެވެ. އެމީހުންނަށް ﷲ ފޮނުއްވި نعمة އަކީ ﷲ ފޮނުއްވި މާތް رسول އާއެވެ. محمّد ﷺ އެވެ. އެއީ އެމީހުންނަށް އެކަލާނގެ ފޮނުއްވި ދުނިޔެއާއި آخرة ގެ نعمة އެވެ. އެމީހުން އެ نعمة އަށް ކާފަރުވީއެވެ. އެކަލޭގެފާނަށް إيمان ނުވެ އެކަލޭގެފާނު ރަށުންވެސް ނެރެލުމަށް މަސައްކަތް ކުރީއެވެ. އެ نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެ قوم ގެ ބޮޑެތި ކާފަރުންގެ ސަބަބުން ދެންތިބި އެތައްބަޔަކުވެސް ހަލާކުގެތެރެއަށް ވެއްޓުނީއެވެ. ބަދުރު ހަނގުރާމައިގައި އެތައްބަޔަކު ކާފަރުކަންމަތީ މަރުވެދިޔައީއެވެ. މިވާހަކައިގެ ސަބަބު މައްކާގެ ކާފަރުންނާއި ގުޅިގެން އައިސްފައި އޮތެއްކަމަކު އެގޮތަށް ކަންތައްކުރާ އެންމެން އޭގެތެރެއަށް ނުވަދެ ނުދާނެ އެއްގޮތެއްވެސް ނެތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ކީރިތި قرآن އާއި މާތް سنّة ގައިވާ حكم ތަކާއި ހަމަތައް ދޫކޮށް އެޔާ خلاف قانون ތައް ހަދާ އެއަށް تبع ވުމަށް އަމުރުކުރާ ބަޔަކު މިއާޔަތުގެ ދަށަށް ނުވަންނާނެ ބާވައެވެ؟ މައްސަލަ ހަމަ އެއްމައްސަލައެކެވެ. ތަނާއި މީހުންގެ ތަފާތެއް މެނުވީ ނެތެއްނޫންތޯއެވެ. والله أعلم.
-
30
وَجَعَلُوا۟ لِلَّهِ أَندَادًا لِّيُضِلُّوا۟ عَن سَبِيلِهِۦ ۗ قُلْ تَمَتَّعُوا۟ فَإِنَّ مَصِيرَكُمْ إِلَى ٱلنَّارِ
Wa-jaʻaloo lillaahi ʹañdaadal liyuḍilloo ʻañ Sabeelih! Q̣ul tamattaʻoo faʹinna maṣeerakum ʹilan Naar!
އަދި އެމީހުން ﷲ އަށް شريك ންތަކެއް ލައި އެކަލާނގެއާއި ބައިވެރިކުރީއެވެ. އެއީ ﷲ ގެ މަގުން މީސްތަކުން ފުރައްދާ ދުރުކުރުމަށެވެ. ނުވަތަ އެމީހުން މަގުފުރެދުމަށްޓަކައެވެ. އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ދުނިޔޭގައި مدّة އަކު އަރާމުކުރާށެވެ! ހަމަކަށަވަރުން ކަލޭމެން އެނބުރިދިއުންވަނީ ނަރަކައަށެވެ. ނުވަތަ އެނބުރިދާތަން އޮތީ ނަރަކައިގައެވެ.
-
31
قُل لِّعِبَادِىَ ٱلَّذِينَ ءَامَنُوا۟ يُقِيمُوا۟ ٱلصَّلَوٰةَ وَيُنفِقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّا وَعَلَانِيَةً مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خِلَـٰلٌ
Q̣ul liʻibaadiyal laẓeena ʹaamanoo yuq̣eemuṣ ṣalaata wa-yuñfiq̣oo mimmaa razaq̣naahum sirrañw waʻalaaniyatam miñ q̣abli ʹañy yaʹtiya Yawmul laa bayʻuñ feehi wa-laa khilaal.
(އޭ رسول ﷲ އެވެ!) ކަލޭގެފާނަށާއި ތިމަންރަސްކަލާނގެއަށް إيمان ވެގެންތިބި ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! އެމީހުން ނަމާދު قائم ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވިތަކެތީން ސިއްރާއި ފައުޅުގައި ހޭދަކުރާށެވެ! (ﷲ ގެ މަގުގައި ޒަކާތްދީ صدقاة ދީ ހަދާށެވެ!) އެއީ އެދުވަހުން އެއްވެސް ގަނެވިއްކުމެއް ނެތް އަދި فدية އެއް قبول ވުމެއްނެތް އަދި رحمة ތެރިކަމުގެ އެއްވެސް ކަމަކުންފައިދާއެއް ނުކުރާނެ (قيامة ދުވަސް) އައުމުގެ ކުރީންނެވެ.
-
32
ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ وَسَخَّرَ لَكُمُ ٱلْفُلْكَ لِتَجْرِىَ فِى ٱلْبَحْرِ بِأَمْرِهِۦ ۖ وَسَخَّرَ لَكُمُ ٱلْأَنْهَـٰرَ
ʹAllaahul laẓee khalaq̣as samaawaati wal-ʹarḍa wa-ʹañzala minas samaaʹi maaaʹañ faʹakhraja bihee minas̤ s̤amaraati rizq̣al lakum: wa-sakhkhara lakumul fulka litajriya fil baḥri biʹAmrih: wa-sakhkhara lakumul ʹanhaar.
އުޑުތަކާއި ބިން ނެތުމުގެތެރެއިން ހެއްދެވީ ހަމަ ﷲ އެވެ. އަދި އެކަލާނގެ އުޑުން ފެން ބާވައިލެއްވިއެވެ. ދެން އެފެނުގެ ބާރުގައި އެފެނުގެ ސަބަބުން ގަސްގަހުގެ މަތިވަރުތައް އެކަލާނގެ ކަލޭމެންނަށް ނެރެދެއްވިއެވެ. އެއީ ކަލޭމެންނަށްވާ ރިޒުގެއްގެގޮތުންނެވެ. އަދި އެކަލާނގެ އަމުރުފުޅަށް ކަނޑުގައި ދުވާ ނައުދޯނގުފަހަރު (މޫދުގައި ދުވާ އުޅަނދުތައް) އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި ކަލޭމެންނަށްޓަކައި ކޯރުތައްވެސް އެކަލާނގެ ކިޔަމަންކޮށްދެއްވިއެވެ.
-
33
وَسَخَّرَ لَكُمُ ٱلشَّمْسَ وَٱلْقَمَرَ دَآئِبَيْنِ ۖ وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ
Wa-sakhkhara lakumush shamsa walq̣amara daaaʹibayni; wa-sakhkhara lakumul layla wan-Nahaar.
އަދި ދާއިމީގޮތެއްގައި އަރާއޮއްސޭގޮތަށް އިރާއި ހަނދު އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި ރޭގަނޑާއި ދުވާލުވެސް (قواعد ން ތަރުތީބުވެ ހިނގާގޮތަށް) އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ.
-
34
وَءَاتَىٰكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا۟ نِعْمَتَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱلْإِنسَـٰنَ لَظَلُومٌ كَفَّارٌ
Waʹaataakum miñ kulli maa- saʹaltumooh. Wa-ʹiñ taʻuddoo niʻmatal laahi laa- tuḥṣoohaa. ʹInnal ʹiñsaana laz̤̣aloomuñ kaffaar.
އަދި އެއެއްޗަކަށް ކަލޭމެން އެދި އެކަލާނގެއާއި ސުވާލުކޮށް ދެންނެވި ކޮންމެއެއްޗަކުންވެސް އެކަލާނގެ އެއިން ބައެއްދެއްވިއެވެ. އަދި ކަލޭމެން ﷲ ގެ نعمة ތައް ގުނާ عدد ކުރިޔަސް އެ نعمة ތައް ކަލޭމެންނަށް عدد ކޮށް ހިމަނައި ނުގަނެވޭނެއެވެ. އެހާގިނަވާނެއެވެ. ހަމަކަށަވަރުން އިންސާނާވީ (އެ نعمة ތަކުގެ شكر އެކަލާނގެ ނޫންފަރާތަކަށް އަނބުރައިލާ އެކަލާނގެ ނޫންފަރާތަކަށް އަޅުކަންކުރުމުގެ ގޮތުން) އޭނާގެ نفس އަށް އަނިޔާވެރިއަކުކަމުގައެވެ. އަދި އެކަލާނގެއަށް ގިނަގިނައިން ކާފަރުވާމީހަކުކަމުގައެވެ.
-
35
وَإِذْ قَالَ إِبْرَٰهِيمُ رَبِّ ٱجْعَلْ هَـٰذَا ٱلْبَلَدَ ءَامِنًا وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ
Wa-ʹiẓ q̣aala ʹIbraaheemu Rabbij ʻal haaẓal Balada ʹaaminañw wajnubnee wa-baniyya ʹan naʻbudal ʹaṣnaam.
(އޭ رسول ﷲ އެވެ!) إبراهيم (عليه السّلام) އެކަލޭގެފާނުންގެ ربّ އަށް ދެންނެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! މިރަށް (مكّة) އަމާން ރަށެއްކަމުގައި ލައްވާންދޭވެ! އަދި މިއަޅާޔާ މިއަޅާގެ ދަރިން ބުދަށް އަޅުކަންކުރުމާ ދުރުކުރައްވާންދޭވެ!
-
36
رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ ٱلنَّاسِ ۖ فَمَن تَبِعَنِى فَإِنَّهُۥ مِنِّى ۖ وَمَنْ عَصَانِى فَإِنَّكَ غَفُورٌ رَّحِيمٌ
Rabbi ʹinnahunna ʹaḍlalna kas̤eeram minan naas; famañ tabiʻanee faʹinnahoo minnee, wa-man ʻaṣaanee faʹinnaka G̣afoorur Raḥeem.
އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން އެތަކެތި يعني: އެބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ މިއަޅާއާއި تبع ވެއްޖެމީހަކީ (މިއަޅާގެ މަގާއި تبع ވެއްޖެމީހަކީ) ހަމަކަށަވަރުން މިއަޅާގެ މީހެކެވެ. މިއަޅާގެ މަގުގައި އަދި މިއަޅާގެ سنّة ގައިވާ މީހެކެވެ. އަދި މިއަޅާއަށް އުރެދިއްޖެމީހަކީ މިއަޅާގެ މަގުގައިވާ މީހެއް ނޫނެވެ. އަދި ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
37
رَّبَّنَآ إِنِّىٓ أَسْكَنتُ مِن ذُرِّيَّتِى بِوَادٍ غَيْرِ ذِى زَرْعٍ عِندَ بَيْتِكَ ٱلْمُحَرَّمِ رَبَّنَا لِيُقِيمُوا۟ ٱلصَّلَوٰةَ فَٱجْعَلْ أَفْـِٔدَةً مِّنَ ٱلنَّاسِ تَهْوِىٓ إِلَيْهِمْ وَٱرْزُقْهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمْ يَشْكُرُونَ
Rabbanaaa ʹinneee ʹaskañtu miñ ẓurriyyatee biwaadin g̣ayri ẓee zarʻin ʻiñda Baytikal Muḥarrami Rabbanaa liyuq̣eemus Ṣalaata fajʻal ʹafʹidatam minan naasi tahweee ʹilayhim warzuq̣hum minas̤ s̤amaraati laʻallahum yashkuroon.
އޭ އަޅަމެންގެ ربّ އެވެ! އެއްވެސް ދަނޑުބިމެއް ގަހެއްނެތް ހުސްވާދީއެއްގައި މިއަޅާގެ ދަރިފަސްކޮޅުން ބަޔަކު މިއަޅާ ވަޒަންވެރިކުރުވައިފީމެވެ. އެއީ އިބަރަސްކަލާނގެ حرمة ތެރިކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅުކައިރީގައެވެ. މިއަޅާ އެގޮތަށް މިހެދީ އެމީހުން ނަމާދު قائم ކުރުމަށްޓަކައެވެ. (އިބަރަސްކަލާނގެ ގެފުޅު ކައިރީގައި އެމީހުން އަޅުކަންކުރުމަށްޓަކައެވެ.)\nފަހެ މީސްތަކުންކުރެ ބަޔަކުމީހުންގެ ހިތްތައް (ﷲ އަށްޓަކައި ލޯބިވެތިކަމާއި އޯގާވެރިކަމާއިއެކު) އެމީހުންނާއި ދިމާއަށް ލެނބޭނެގޮތް އިބަރަސްކަލާނގެ ލައްވާނދޭވެ! (މިބަސްފުޅުން މުރާދުކުރެވެނީ މީސްތަކުން އެތަނަށް حجّ އަށް އައުމަށް އެދިވަޑައިގެންނެވުން ކަމުގައި ބައެއް مفسّر ން ލިއުއްވައެވެ.) އަދި މޭވާގެ ބާވަތްތަކާއި ގަސްގަހުގެ އެހެނިހެން نتيجة ތަކުން އެމީހުންނަށް ރިޒުގު ދެއްވާނދޭވެ! އެއީ އެމީހުންނީ އިބަރަސްކަލާނގެއަށް شكر ކުރާބަޔަކުކަމުގައި ވުމުގެ أمّيد ގައެވެ. ނޯޓް: ކޮންމެޔަކަސް އެކަލޭގެފާނުންގެ މި دعاء ފުޅުގެ بركاة އާއި އޭގެ އަސަރު މިހާރު އެތަނަށް ދެވުނުބަޔަކަށް ފެންނާނެއެވެ. މޭވަޔާ ތަރުކާރީއާއި އެހެނިހެން ބާވަތުގެ މުދާ مكّة އާއި ގެފުޅުގެ ވަށަވަށައިގެންވާ ހިސާބަށްވުރެ ވަކިގިނަވާނެ އެހެންތަނެއް ނެތޭވެސް ބުނާހާވަރުވެއެވެ.
-
38
رَبَّنَآ إِنَّكَ تَعْلَمُ مَا نُخْفِى وَمَا نُعْلِنُ ۗ وَمَا يَخْفَىٰ عَلَى ٱللَّهِ مِن شَىْءٍ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ
Rabbanaaa ʹinnaka taʻlamu maa- nukhfee wa-maa nuʻlin: wa-maa yakhfaa ʻalal laahi miñ shayʹiñ fil ʹarḍi wa-laa fis samaaaʹ.
އޭ އަޅަމެންގެ ربّ އެވެ! އަޅަމެން ވަންހަނާކުރާ ތަކެއްޗާއި އަދި އަޅަމެން ފައުޅުކުރާ ތަކެތިވެސް އިބަރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އުޑުތަކާއި ބިމުގައި ހަމައެއްވެސްކަމެއްވެސް އަދި އެއްވެސް އެއްޗެއްވެސް ﷲ އަށް ވަންހަނާވެގެން ނުވެއެވެ.
-
39
ٱلْحَمْدُ لِلَّهِ ٱلَّذِى وَهَبَ لِى عَلَى ٱلْكِبَرِ إِسْمَـٰعِيلَ وَإِسْحَـٰقَ ۚ إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ
ʹAl-Ḥamdu lillaahil laẓee wahaba lee ʻalal kibari ʹIsmaaʻeela wa-ʹIsḥaaq̣: ʹInna Rabbee la-Sameeʻud duʻaaaʹ!
އެންމެހައި حمد އާއި تعريف އާއި ثناء އެއްހުރީ ﷲ އަށެވެ. އެކަލާނގެއީ މިއަޅާގެ عمر ން ދުވަސްވުމާއެކުވެސް މިއަޅާއަށް إسماعيل އާއި إسحاق (عليه السّلام) މިދެދަރިން ދެއްވި ކަލާނގެއެވެ. ހަމަކަށަވަރުން މިއަޅާގެ ربّ އެއީ دعاء އައްސަވާވޮޑިގެންވާ ކަލާނގެކަން يقين އެވެ.
-
40
رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى ۚ رَبَّنَا وَتَقَبَّلْ دُعَآءِ
Rabbij ʻalnee muq̣eemaṣ Ṣalaati wa-miñ ẓurriyyatee, Rabbanaa wa-taq̣abbal Duʻaaaʹ.
އޭ އަޅުގެ ربّ އެވެ! މިއަޅާ ނަމާދު قائم ކުރާމީހުންގެތެރެއިން ލައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅުންވެސް އެފަދަމީހުން ލައްވާނދޭވެ! (އެބަހީ: ނަމާދު قائم ކޮށް ﷲ ގެ أمر ތަކަށް ކިޔަމަންވާ އަދި ނަހީތަކުން ދުރުވާ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ! އޭ އަޅަމެންގެ ربّ އެވެ! އަދި މިއަޅާގެ دعاء قبول ކުރައްވާނދޭވެ!
-
41
رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ
Rabbanag̣ fir lee wa-liwaalidayya wa-lil-Muʹmineena Yawma yaq̣oomul Ḥisaab!
އޭ އަޅު ގެ ربّ އެވެ! މިއަޅާއަށް ފުއްސަވާނދޭވެ! އަދި މިއަޅާގެ މައިންބަފައިންނަށާއި އަދި\nمؤمن ންނަށްވެސް މީސްތަކުންގެ ހިސާބު ބެއްލެވުމަށް ﷲ ގެ حضرة ގައި ކޮޅަށް ތިބޭދުވަހު ފާފަފުއްސަވާނދޭވެ!
-
42
وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ ٱلْأَبْصَـٰرُ
Wa-laa taḥsabannal laaha g̣aafilan ʻammaa yaʻmaluz̤̣ z̤̣aalimoon. ʹInnamaa yuʹakhkhiruhum li-Yawmiñ tashkhaṣu feehil ʹabṣaar,―
(އޭ رسول ﷲ އެވެ!) އަދި މިއަނިޔާވެރިން - مشرك ން - ކުރާކަންތައްތަކާއިމެދު ﷲ غافل ވެވޮޑިގެންވާކަމުގައި ކަލޭގެފާނު ހީފުޅު ނުކުރައްވާށެވެ! އެމީހުން އެވަނީ އެދުވަހެއްގައި ލޯތައް މައްޗަށް ހުޅުވި ނުލެއްޕި ހުންނަ ދުވަހަކަށްޓަކައި ލަސްކުރެވިފައެވެ.
-
43
مُهْطِعِينَ مُقْنِعِى رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْـِٔدَتُهُمْ هَوَآءٌ
Muhṭiʻeena muq̣niʻee ruʹoosihim laa- yartaddu ʹilayhim ṭarfuhum, wa-ʹafʹidatuhum hawaaaʹ!
އެމީހުންގެ ބޯތައް އުފުލި (ބިރުވެރިކަން ބޮޑުކަމުންގޮސް) ލޯތައް ހުޅުވި ލޮލުގެ ކަޅިތައްބޮޑުވެ އަވަސްއަވަހަށް ބެލުމަށް ލޯތައް ދަމައިގެންވާނެއެވެ. އަދި އެމީހުންގެ ހިތްތައް މުޅިން ހެޔޮކަމުން ހުސްވެ، އެއްޗެއް ނުވިސްނި حيران ކަމެއްގައިވާނެތެވެ. (އެއްވެސް އެއްޗެއް ހިތުގައި ނުވާނެއެވެ. އެއީ ހަމަ ބިރުވެރިކަން ބޮޑުވުމުގެ ސަބަބުންނެވެ.)
-
44
وَأَنذِرِ ٱلنَّاسَ يَوْمَ يَأْتِيهِمُ ٱلْعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُوا۟ رَبَّنَآ أَخِّرْنَآ إِلَىٰٓ أَجَلٍ قَرِيبٍ نُّجِبْ دَعْوَتَكَ وَنَتَّبِعِ ٱلرُّسُلَ ۗ أَوَلَمْ تَكُونُوٓا۟ أَقْسَمْتُم مِّن قَبْلُ مَا لَكُم مِّن زَوَالٍ
Wa-ʹañẓirin naasa Yawma yaʹteehimul ʻAẓaabu fayaq̣oolul laẓeena z̤̣alamoo Rabbanaaa ʹakhkhirnaaa ʹilaaa ʹajaliñ q̣areebin nujib Daʻwataka wa-nattabiʻir rusul! ʹAwalam takoonooo ʹaq̣samtum miñ q̣ablu maa- lakum miñ zawaal?
އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެބައެއްގެ ގާތަށް رسول ކަމާއިގެން ފޮނުވުނު މީސްތަކުންނަށް ކަލޭގެފާނު إنذار ކުރައްވާށެވެ! އެއީ އެމީހުންނަށް عذاب އަންނާނެ قيامة ދުވަހުގެ ވާހަކައިންނެވެ. އެދުވަހުން އަނިޔާވެރިން يعني: مشرك ން - ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! ކުޑަ مدّة އަކަށް ގާތް مدّة އަކަށް އަޅަމެން ފަސްކުރައްވާނދޭވެ! އަޅަމެންގެ ކިބައިން عذاب ދުރުކުރައްވާނދޭވެ! އޭރުން އިބަރަސްކަލާނގެ دعوة އަޅަމެން قبول ކޮށް އެއަށް އިޖާބަދޭހުށީމެވެ. އަދި رسول ބޭކަލުންނާ އަޅަމެން تبع ވާހުށީމެވެ. (އޭގެ ޖަވާބުގައި ﷲ އެމީހުންނަށް އަންގަވައެވެ.) މީގެކުރިން ކަލޭމެން ދުނިޔޭގައި ތިބިއިރު ކަލޭމެން آخرة އަށް ނާންނާނެކަމުގައި - قيامة ނުވާނެކަމުގައި ހުވައިކޮށްފާ ބުނާކަމުގައި ކަލޭމެން ނުވަމުހެއްޔެވެ؟ (އެބަހީ: قيامة ނުވާނެކަމަށް ކަލޭމެން ހުވައިކޮށްފާ ބުންޏެވެ.)
-
45
وَسَكَنتُمْ فِى مَسَـٰكِنِ ٱلَّذِينَ ظَلَمُوٓا۟ أَنفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ ٱلْأَمْثَالَ
Wa-sakañtum fee masaakinil laẓeena z̤̣alamooo ʹañfusahum wa-tabayyana lakum kayfa faʻalnaa bihim wa-ḍarabnaa lakumul ʹAms̤aal!
އަދި ކަލޭމެން ވަޒަންވެރިވެގެން ތިޔައުޅެނީ އެމީހުން ކާފަރުވުމުގެ ސަބަބުން އަމިއްލަ نفس އަށް އަނިޔާވެރިވީ މީސްތަކުންގެ ޖާގަތަކުގައެވެ. އެމީހުން އުޅުނު ތަންތާނގައެވެ. އަދި އެމީހުންނާއިމެދު ތިމަންރަސްކަލާނގެ ކަންތައްކުރެއްވީ ކޮންފަދައަކުންކަން ކަލޭމެނަށް ރަނގަޅަށް ބަޔާންވެ އެނގޭނެއެވެ. (އެމީހުން ތިމަންރަސްކަލާނގެއަށް އުރެދި ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިގަތްހިނދުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ކަލޭމެންގެ حال ވެސް އެހެން ވެދާނެއެވެ.) އަދި ކަލޭމެންގެ شرك ކަންތައްތަކުގެ مثال ތައް ތިމަންރަސްކަލާނގެ ކަލޭމެނަށް ޖައްސަވައިދެއްވައިފީމެވެ. ދެން މިހާރު ކަލޭމެންނަށް ތިޔަޖެހިފައިވާ عذاب ލުއިކުރުމަށް ކަލޭމެންނަށް عذاب ލަސްކުރުމަށް ތިޔައެދެނީއެވެ.
-
46
وَقَدْ مَكَرُوا۟ مَكْرَهُمْ وَعِندَ ٱللَّهِ مَكْرُهُمْ وَإِن كَانَ مَكْرُهُمْ لِتَزُولَ مِنْهُ ٱلْجِبَالُ
Wa-q̣ad makaroo makrahum: wa-ʻindal laahi makruhum: wa-ʹiñ kaana makruhum litazoola minhul jibaal!
އަދި އެމީހުން އެހެދި މަކަރުތައް އެމީހުން ހެދިއެވެ. ރޭވުންތައް ރޭވިއެވެ. އަދި އެމީހުންގެ މަކަރުތައް އަދި ރޭވުންތައް ﷲ ގެ حضرة ގައިވެއެވެ. އެބަހީ: އެމީހުންގެ ރޭވުމުގެ ނުބައިކަމާއި شرك، ﷲ ދެނެވޮޑިގެންވެއެވެ. އެމީހުންގެ މަކަރާއި ރޭވުން ފަރުބަދަތައް ބުރައިގެންގޮސް ފިލައިގެން ދިއުން ގާތްވެގެންވެއެވެ. އެހާވެސް ބޮޑެވެ.
-
47
فَلَا تَحْسَبَنَّ ٱللَّهَ مُخْلِفَ وَعْدِهِۦ رُسُلَهُۥٓ ۗ إِنَّ ٱللَّهَ عَزِيزٌ ذُو ٱنتِقَامٍ
Falaa taḥsabannal laaha mukhlifa waʻdihee rusulah: ʹinnal laaha ʻAzeezuñ Ẓuñ tiq̣aam.
(އޭ رسول ﷲ އެވެ!) ފަހެ ﷲ އީ އެކަލާނގެ رسول ންނަށް ކުރައްވާފައިވާ وعد ފުޅާއި خلاف ވެވޮޑިގަންނަވާނެ ކަލަކުކަމުގައި ކަލޭގެފާނު ހީފުޅު ނުކުރައްވާހުށިކަމެވެ! (އެ وعد ފުޅަކީ އެބޭކަލުންނަށާއި އެބޭކަލުންނަށް تبع ވީ ބަޔަކަށް نصر އާއި كامياب ދެއްވުމެވެ. އެބޭކަލުންނާއި އިދިކޮޅު ހެދިބަޔަކަށް ގެއްލުމާއި ހަލާކު ހުރިކަމުގެ وعد ފުޅެވެ.) ހަމަކަށަވަރުން ﷲ އީ عزّة ވަންތަ އެބަހީ: ގަދަފަދަވަންތަ އަދި ބަދަލު ހިއްޕެވުމުގެ ވެރިކަލާނގެއެވެ.
-
48
يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَـٰوَٰتُ ۖ وَبَرَزُوا۟ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ
Yawma tubaddalul ʹArḍu g̣ayral ʹArḍi was-Samaawaatu wa-barazoo lillaahil Waaḥidil Q̣ahhaar;
އެއީ މިހާރު މިވާ ބިން އެހެން ބިމަކަށް ބަދަލުވާ ދުވަހެވެ. (މިބިން ބަދަލުވެ ހުދު ރިހިގަނޑެއްފަދައިން ލައްވާނެކަމުގައި ބުނެވެއެވެ.) އަދި މިއުޑުތައްވެސް އެހެން އުޑުތަކަކަށް ބަދަލުވެގެން ދާނޭ ދުވަހުންނެވެ. އަދި އެންމެހައި މީސްތަކުން ކަށްވަޅުތަކުން ނުކުމެގެން އެއްކައުވަންތަ ކުޅަދުންވަންތަ ކަލާނގެއަށް ފައުޅުވެގަންނާނެއެވެ.
-
49
وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِى ٱلْأَصْفَادِ
Wa-taral Mujrimeena yawmaʹiẓim muq̣arraneena fil ʹaṣfaad;
(އޭ رسول ﷲ އެވެ!) އަދި އެދުވަހުން- އެބަހީ: قيامة ދުވަހުން ކަލޭގެފާނަށް ކުށްވެރިން يعني:مجرم ން ފެނިވަޑައިގަންނަވާނީ އެމީހުންގެ އަތްތަކާއި ފައިތައް އެމީހުންގެ ކަނދުރާތަކާއިއެކު ކަސްތަޅު އެޅެވިގެންވާތީއެވެ.
-
50
سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ
Saraabeeluhum miñ q̣aṭiraaniñw watag̣shaa wujoohahumun Naar:
އެމީހުންގެ ގައިގައިވާ ލިބާސްވާނީ قَطِرَانُ ކިޔާ ކަޅުކުލައިގެ މާއްދާއަކުންނެވެ. (އެއީ ބޮލާކީނުކަހަލަ ތާރުކަހަލަ އަވަހަށް އަލިފާން ހިފާކަހަލަ ހޫނުގަދަ މާއްދާއެއްކަމުގައިވެއެވެ. އެއަށް ދިވެހިން ކިޔަނީ ކަތުރާނު ކަމަށްހީވެއެވެ. ނުވަތަ އެއީ ލޮއެވެ. والله أعلم) އަދި އެމީހުންގެ މޫނުތައް އަލިފާނުން ނިވައިކުރާނެއެވެ. އެބަހީ: އެމީހުންގެ މޫނުތައްވާނީ ނަރަކައިގެ އަލިފާނުން ނިވައިވެފައެވެ.
-
51
لِيَجْزِىَ ٱللَّهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
Liyajziyal laahu kulla nafsim maa kasabat; ʹinnal laaha Sareeʻul Ḥisaab.
އެކަން އެހެން އެހައްދަވަނީ ﷲ تعالى ކޮންމެ نفس އަކަށްވެސް އެ نفس އެއްކުރި މަސައްކަތުގެ ކުރި عمل ގެ جزاء ދެއްވުމަށެވެ. ހަމަކަށަވަރުން ﷲ تعالى އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.
-
52
هَـٰذَا بَلَـٰغٌ لِّلنَّاسِ وَلِيُنذَرُوا۟ بِهِۦ وَلِيَعْلَمُوٓا۟ أَنَّمَا هُوَ إِلَـٰهٌ وَٰحِدٌ وَلِيَذَّكَّرَ أُو۟لُوا۟ ٱلْأَلْبَـٰبِ
Haaẓaa Balaag̣ul linnaasi wa-liyuñẓaroo bihee wa-liyaʻlamooo ʹannamaa Huwa ʹIlaahuñw Waaḥiduñw Waliyaẓẓakkara ʹulul ʹalbaab.
މި قرآن މިއީ މީސްތަކުންނަށްވާ އިއްވައިލުމެކެވެ. އެބަހީ: ﷲ تعالى ގެ حضرة ން އެންމެހައި މީސްތަކުންނަށްވާ وعظ އާއި نصيحة އާއި عبرة އަންގަވާ އިއްވަވައިލުމެކެވެ. އަދި އެމީހުން ބިރުވެތިވެ وعظ އާއި نصيحة ލިބިގަންނަހުށިކަމެވެ! އަދި ހަމަކަށަވަރުން ﷲ تعالى އީ ހަމަ އެންމެ إله އަކު ކަން އެމީހުން ދަންނަހުށިކަމެވެ! އަދި ބޯހުރި ބުއްދިވެރި މީހުން نصيحة އާއި وعظ އާއި عبرة ލިބިގަންނަހުރިކަމެވެ! والله أعلم بالصّواب.