Surah HudBegins here at 11:6
-
11:6
۞ وَمَا مِن دَآبَّةٍ فِى ٱلْأَرْضِ إِلَّا عَلَى ٱللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِى كِتَـٰبٍ مُّبِينٍ
Wa-maa miñ daaabbatiñ fil ʹarḍi ʹillaa ʻalal laahi rizq̣uhaa wa-yaʻlamu mustaq̣arrahaa wa-mustawdaʻahaa: Kulluñ fee Kitaabim Mubeen.
އަދި ބިންމަތީ حركاة ކުރާ އެއްވެސް ދިރޭއެއްޗެއް އެއެއްޗެއްގެ ރިޒުޤު ﷲ حوال ވެގެންވާ މެނުވީ ނުވެއެވެ. (އެބަހީ: ކޮންމެއެއްޗަކަށް ރިޒުޤު ދެއްވުންވަނީ ﷲ އަށް ކަނޑައެޅިފައެވެ. އެއީ އެކަލާނގެ ހިންގަވާނޭ ކަމެކެވެ. އަދި އެ ކޮންމެދިރޭއެއްޗެއް އުޅޭނެތަނަކާއި އެއެއްޗެއް މަރުވުމަށްފަހު ވާނެތަނަކާއި މިކަންކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެއެއްޗަކާއިބެހޭ ހުރިހާކަމެއް، ހުރިހާ معلومات އެއް (އެއެއްޗެއް ހެއްދެވުމުގެ ކުރިން) ފޮތެއްގައި ލިޔެވި ބަޔާންވެގެންވެއެވެ. (ކަނޑުގެ ދިރޭ ތަކެތިވެސް ވަނީ މީގެ ތެރެއިންނެވެ.)
-
11:7
وَهُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ وَكَانَ عَرْشُهُۥ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِنۢ بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ
Wa-Huwal laẓee khalaq̣as samaawaati wal-ʹarḍa fee Sittati ʹayyaamiñw Wakaana ʻArshuhoo ʻalal Maaaʹi liyabluwakum ʹayyukum ʹaḥsanu ʻamalaa. Wa-laʹiñ q̣ulta ʹinnakum mabʻoos̤oona mim baʻdil mawti layaq̣oolannal laẓeena kafarooo ʹin haaẓaaa ʹillaa siḥrum mubeen!
އަދި އެކަލާނގެ އެއީ ހަދުވަހެއްގެތެރޭގައި އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. އަދި (އެތަކެތި ހެއްދެވުމުގެކުރިން) އެކަލާނގެ عرش ފުޅުވަނީ ފެނުގެމަތީގައެވެ. (އެކަލާނގެ އުޑުތަކާއި ބިމާއި އެދެމެދުގައިވާހާ ތަކެތި ހެއްދެވީ) ކަލޭމެންކުރެ عمل ކުރުމުގެގޮތުން އެންމެރަނގަޅުމީހާ އެކަލާނގެ ދެނެވޮޑިގެންވާކަން ކަލޭމެން إمتحان ކުރައްވައި ދެއްކެވުމަށެވެ. އަދި (އޭرسول ﷲ އެވެ.) މަރުވުމަށްފަހު ކަލޭމެންނަކީ އަލުން ދިރިގެން ފޮނުއްވޭނޭ ބަޔެކޭ އެމީހުންނާ ދިމާއަށް ކަލޭގެފާނު ވިދާޅުވެއްޖެއްޔާ ކާފަރުވީމީހުން ހަމަކަށަވަރުން ބުނާނެއެވެ. އެކަލޭގެފާނު އެދައްކަވާ ވާހަކަ ހަމަ سِحْر އެއްކަމުގައި މެނުވީ ނުވެއެވެ.
-
11:8
وَلَئِنْ أَخَّرْنَا عَنْهُمُ ٱلْعَذَابَ إِلَىٰٓ أُمَّةٍ مَّعْدُودَةٍ لَّيَقُولُنَّ مَا يَحْبِسُهُۥٓ ۗ أَلَا يَوْمَ يَأْتِيهِمْ لَيْسَ مَصْرُوفًا عَنْهُمْ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Wa-laʹin ʹakhkharnaa ʻanhumul ʻaẓaaba ʹilaaa ʹummatim maʻdoodatil layaq̣oolunna maa- yaḥbisuh? ʹAlaa yawma yaʹteehim laysa maṣroofan ʻanhum waḥaaq̣a bihim maa kaanoo bihee yastahziʹoon!
އަދި ކަނޑައެޅި بيان ވެގެންވާ ވަކި مدّت އަކަށް ތިމަންރަސްކަލާނގެ އެމީހުންގެކިބައިން عذاب ލަސްކުރައްވައިފިއްޔާވެސް ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެ عذاب ލަސްވީ ކީއްވެހެއްޔެވެ. عذاب ލަސްކުރީ ކޮންކަމެއްހެއްޔެވެ؟ ދަންނާށެވެ! އެ عذاب އެމީހުންނަށް އަންނަދުވަހުން އެ عذاب އެމީހުނަށް އަޔަނުދީ އަނބުރައިލާނެ އެކަކުވެސް އެއިން دفاع ކޮށްދޭނެ އެކަކުވެސް ނުހުންނާނެއެވެ. އަދި އެމީހުން އެއެއްޗަކާމެދު މަލާމާތްކޮށް ހެދިއެތި (އެ عذاب) އެމީހުން ލާވަށައިލާނެއެވެ.
-
11:9
وَلَئِنْ أَذَقْنَا ٱلْإِنسَـٰنَ مِنَّا رَحْمَةً ثُمَّ نَزَعْنَـٰهَا مِنْهُ إِنَّهُۥ لَيَـُٔوسٌ كَفُورٌ
Wa-laʹin ʹaẓaq̣nal ʹiñsaana minnaa Raḥmatañ s̤umma nazaʻnaahaa minhu, ʹinnahoo layaʹoosuñ kafoor.
އަދި ތިމަންރަސްކަލާނގެ حضرة ން އިންސާނާއަށް رحمة އެއްގެރަހަ ދައްކައިފިއްޔާ. (ރިޒުޤުގެ ތަނަވަސްކަމާއި ދުނިޔޭގެ ފަސޭހަކަން ދެއްވައިފިއްޔާ) އޭނާ ވަރަށް ހިތްހަމަޖެހި މަޖާވާނެއެވެ. ދެން ތިމަންރަސްކަލާނގެ އޭނާގެ ކިބައިން އެކަން ނިގުޅައިގެންފިއްޔާ އޭނާ އަތުން އެ رحمة ނަންގަވައިފިއްޔާ ހަމަކަށަވަރުން އޭނާ މުޅިން مايوس ވެދެއެވެ. އަދި ކާފަރުވުން ބޮޑުމީހަކުކަމުގައިވެއެވެ. ﷲ ގެ نعمة އަށް نَاشكرى ވެދެއެވެ.
-
11:10
وَلَئِنْ أَذَقْنَـٰهُ نَعْمَآءَ بَعْدَ ضَرَّآءَ مَسَّتْهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّىٓ ۚ إِنَّهُۥ لَفَرِحٌ فَخُورٌ
Wa-laʹin ʹaẓaq̣naahu naʻmaaaʹa baʻda ḍarraaaʹa massathu layaq̣oolanna ẓahabas sayyiʹaatu ʻannee: ʹinnahoo lafariḥuñ fakhoor.
އަދި އޭނާޔަށް ދިމާވި އުދަނގުލާއި ދައްޗަށްފަހު ތިމަންރަސްކަލާނގެ އޭނާއަށް نعمة ގެރަހަ (ދުނިޔޭގެ ދިރިއުޅުމުގެ ފަސޭހަކަން) ދައްކަވައިފިއްޔާ ހަމަކަށަވަރުން އޭނާ ބުނާނެއެވެ. އަހުރެންގެ ކިބައިން ނުބައިތައް ފިލައިގެންދިޔައީއެވެ. ހަމަކަށަވަރުން އޭނާވާނީ އުފާވެ فخر ވެރިވެގެންނެވެ. (އޭނާ ބޮޑާވެ މަތިހަށިނަގާނެއެވެ. ﷲ އަށް شكر ކުރާކަށް ހަނދާނެއް ނުވާނެއެވެ.
-
11:11
إِلَّا ٱلَّذِينَ صَبَرُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ
Illal laẓeena ṣabaroo wa-ʻamiluṣ ṣaaliḥaat: ʹulaaaʹika lahum mag̣firatuñw waʹajruñ Kabeer.
ކެތްތެރިވެގެން صالح عمل ކުރިމީހުންމެނުވީއެވެ. އެމީހުންނަށް ހުރީ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމައެވެ.
-
11:12
فَلَعَلَّكَ تَارِكٌۢ بَعْضَ مَا يُوحَىٰٓ إِلَيْكَ وَضَآئِقٌۢ بِهِۦ صَدْرُكَ أَن يَقُولُوا۟ لَوْلَآ أُنزِلَ عَلَيْهِ كَنزٌ أَوْ جَآءَ مَعَهُۥ مَلَكٌ ۚ إِنَّمَآ أَنتَ نَذِيرٌ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ وَكِيلٌ
Falaʻallaka taarikum baʻḍa maa- yooḥaaa ʹilayka wa-ḍaaaʹiq̣um bihee ṣadruka ʹañy yaq̣ooloo laaa-law ʹuñzila ʻalayhi kañzun ʹaw jaaaʹa maʻahoo malak? ʹInnamaaa ʹañta naẓeer! Wallaahu ʻalaa kulli shayʹiñw Wakeel!
(އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ބާވައިލެއްވޭ وحي ގެ ބައެއް ކަލޭގެފާނު ދޫކުރައްވާކަހަލައެވެ. އަދި އެ وحي އާއިމެދު ކަލޭގެފާނުގެ ހިތްޕުޅު ދަތިވެގެންވާކަހަލައެވެ. އެއީ އެމީހުން މިހެން ބުނާތީއެވެ. އެމީހުން ބުނެއެވެ. އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވުނީ ކީއްވެގެންހެއްޔެވެ؟ ނުވަތަ އެކަލޭގެފާނާއިއެކު ملائكة ން ނުވަނީ ކީއްވެގެންހެއްޔެވެ؟ (އޭގެ جواب ގައި ﷲ އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) ހަމަކަށަވަރުން ކަލޭގެފާނީ نذير އެކެވެ. ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލެކެވެ. އަދި ﷲ ކޮންމެކަމެއް قائم ކުރައްވާ تدبير ކުރައްވައެވެ.
-
11:13
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِعَشْرِ سُوَرٍ مِّثْلِهِۦ مُفْتَرَيَـٰتٍ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ
ʹAm yaq̣ooloonaf taraah. Q̣ul faʹtoo biʻashri Suwarim mis̤lihee muftarayaatiñw wadʻoo manis taṭaʻtum miñ doonil laahi ʹiñ kuñtum ṣaadiq̣een.
އަދި ކިއެއްހެއްޔެވެ! އެމީހުން ބުނަނީއެވެ. އެކަލޭގެފާނު އަމިއްލަފުޅަށް قرآن އުފެއްދީއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވެއްޖެއްޔާ ހެދެވިގެންވާ ދިހަސޫރަތް ކަލޭމެން ނިކަން ގެނަސްބަލާށެވެ! އަދި ﷲ ފިޔަވައި (އެކަމުގައި އެހީވާން) ކަލޭމެނަށް ކުޅަދާނަވީހާބަޔަކަށް ގޮވާށެވެ! ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން މިހެން ހަދައިބަލާށެވެ! ނުހެދޭނެއެވެ!
-
11:14
فَإِلَّمْ يَسْتَجِيبُوا۟ لَكُمْ فَٱعْلَمُوٓا۟ أَنَّمَآ أُنزِلَ بِعِلْمِ ٱللَّهِ وَأَن لَّآ إِلَـٰهَ إِلَّا هُوَ ۖ فَهَلْ أَنتُم مُّسْلِمُونَ
Faʹillam yastajeeboo lakum faʻlamooo annamaaa ʹuñzila biʻilmil laahi wa-ʹal laaa ʹilaaha ʹillaa Hoo! Fahal ʹañtum Muslimoon?
ފަހެ އެމީހުން ކަލޭމެނަށް އިޖާބަނުދީފިއްޔާ ދެންދެނެވަޑައިގަ ންނަވާށެވެ! ހަމަކަށަވަރުން އެބާވައިލެއްވިފައި އެވަނީ (އެބަހީ: قرآن ބާވައިލެއްވިފައިއެވަނީ) ﷲ ގެ ދެނެވޮޑިގަތުމުން އެކަލާނގެ إذن ފުޅަށެވެ. (އަދި ކަލޭމެން ދަންނާށެވެ!) ހަމަކަށަވަރުން ﷲ މެނުވީ حقُّ إله އަކު ނުވެއެވެ. ކަލޭމެން ފަހެ ކިޔަމަންވެ ބޯލަނބާނަންހެއްޔެވެ؟
-
11:15
مَن كَانَ يُرِيدُ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَـٰلَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ
Mañ kaana yureedul Ḥayaatad Dunyaa wa-zeenatahaa nuwaffi ʹilayhim ʹaʻmaalahum feehaa wa-hum feehaa laa- yubkhasoon.
ހަމައެކަނި ދުނިޔޭގެ حياة އާއި އެތާނގެ ޒީނަތްތެރިކަން އެދޭމީހާއަށް ތިމަންރަސްކަލާނގެ އެމީހާ އެދުނިޔޭގައި ކުރާ عمل އަށް އެދުނިޔޭގައި ބަރާބަރަށް جزاء ދެއްވައި ހަމަ ކޮށްދޭހުށީމެވެ. އަދި އެމީހުން އެތާ އެކުރި އެއްވެސް عمل އެއްގެ އެއްވެސް މިންވަރެއް މަދުނުކުރެވޭހުއްޓެވެ.
-
11:16
أُو۟لَـٰٓئِكَ ٱلَّذِينَ لَيْسَ لَهُمْ فِى ٱلْـَٔاخِرَةِ إِلَّا ٱلنَّارُ ۖ وَحَبِطَ مَا صَنَعُوا۟ فِيهَا وَبَـٰطِلٌ مَّا كَانُوا۟ يَعْمَلُونَ
ʹUlaaaʹikal laẓeena laysa lahum fil ʹAakhirati ʹillan Naar: Waḥabiṭa maa- ṣanaʻoo feehaa wa-baaṭilum maa kaanoo yaʻmaloon!
އެމީހުންނަކީ آخرة ދުވަހުން އެމީހުނަށް ނަރަކަނޫނީ ނެތްބައެކެވެ. އެބަހީ: އެމީހުންނަށް އެދުވަހުން ހުންނަހުށީ ހަމައެކަނި ނަރަކައެވެ. އެމީހުން އެދުނިޔޭގައި ކުރި عمل ގެ ދަރުމަޔާ ثواب ނެތިވެ باطل ވެގެން ދިޔައީއެވެ. (އެހެންވާންޖެހުނީ އެމީހުން ދުނިޔޭގައި عمل ކުރީ ﷲ ގެ وجه ފުޅު އެދިގެންކަމުގައި ނުވުމެވެ. آخرة ގެ ދަރުމަޔާ ثواب ނުއެދުމުގެ ސަބަބުންނެވެ. ހަމައެކަނި ދުނިޔެއެދުމުގެ ސަބަބުންނެވެ.)
-
11:17
أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ وَيَتْلُوهُ شَاهِدٌ مِّنْهُ وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًا وَرَحْمَةً ۚ أُو۟لَـٰٓئِكَ يُؤْمِنُونَ بِهِۦ ۚ وَمَن يَكْفُرْ بِهِۦ مِنَ ٱلْأَحْزَابِ فَٱلنَّارُ مَوْعِدُهُۥ ۚ فَلَا تَكُ فِى مِرْيَةٍ مِّنْهُ ۚ إِنَّهُ ٱلْحَقُّ مِن رَّبِّكَ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ
ʹAfamañ kaa-na ʻalaa Bayyinatim mir Rabbihee wa-yatloohu Shaahidum minhu wa-miñ q̣ablihee Kitaabu Moosaaa ʹimaamañw Waraḥmah? ʹUlaaaʹika yuʹminoona bih. Wa-mañy yakfur bihee minal ʹAḥzaabi fan-naaru mawʻiduh. Falaa taku fee miryatim minh: ʹinnahul Ḥaq̣q̣u mir Rabbika wa-laakinna ʹaks̤aran naasi laa- yuʹminoon!
އަޅެފަހެ އެމީހާގެ رَبّ ގެ حضرة ން ބަޔާންވެގެންވާ دليل އެއްގެމަތީގައިވާމީހާފަދަހެއްޔެވެ؟ (އެބަހީ: މިފަދަމީހާއާއި ހަމައެކަނި ދުނިޔޭގެ ދިރިއުޅުމާއި އެތާނގެ ޒީނަތް އެދިގެން މަސައްކަތްކުރިމީހާޔާ ދެމީހުން ހަމައެއްވަރުހެއްޔެވެ؟ އެއްވަރުނުވާނެކަން ކަށަވަރެވެ.) ދެންފަހެ އެމީހާގެ رَبُّ ގެ حضرة ން ބަޔާންވެގެންވާ دليل ގެމަތީގައިވާ މީހަކީ محمّد ﷺ އެވެ. އަދި އެބަޔާންވެގެންވާ دليل ކިޔަވާ ވިދާޅުވެދެއްވުމަށް އެކަލާނގެ حضرة ންވާ شَاهد އަކު ވެއެވެ. ހެކިވެރިއަކުވެއެވެ. (އެއީ جبريل عليه السّلام އެވެ.) އަދި އޭގެކުރީގައި موسى عليه السّلام އަށް ބާވައިލެއްވި ފޮތްވެއެވެ. އެފޮތްވެސް جبريل عليه السّلام ކިޔަވާ ވިދާޅުދެއްވިއެވެ. އެފޮތް ބާވައިލައްވާފައިވަނީ އޭރުތިބި މީހުންނަށްވާ إمام އެއްކަމުގައްޔާއި رحمة އެއްކަމުގައެވެ. އަދި އެމީހުން އެފޮތަށް إيمان ވެއެވެ. (އެބަހީ: އޭރުތިބި بني إسرائيل ން އެފޮތަށް އީމާންވެއެވެ. އެފޮތުގައި މި ނަބިއްޔާގެ ސިފަފުޅު ބަޔާންވެގެންވެއެވެ. އަދި އެ قرآن އަށް ނުވަތަ محمّد ﷺ އަށް كافِرُ ވެއްޖެއްޔާ ފަހެ އެމީހާގެ ޖާގައަކީ قيامة ދުވަހުން ނަރަކައެވެ. (އޭ رسول ﷲ އެވެ!) ފަހެ ކަލޭގެފާނު އެ قرآن އާމެދު ޝައްކެއްގައިވާމީހަކުކަމުގައި ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން އެ قرآن އަކީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ حقّ އެވެ. އަދި އެހެންނަމަވެސް ގިނަމީހުން އީމާން ނުވެއެވެ. ތެދުނުކުރެއެވެ. (މިއާޔަތުގެ މާނަ ގިނަގޮތްގޮތަށް ލިޔެވިގެންވެއެވެ. މިއީ އޭގެއެއްގޮތެވެ.)
-
11:18
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا ۚ أُو۟لَـٰٓئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ ٱلْأَشْهَـٰدُ هَـٰٓؤُلَآءِ ٱلَّذِينَ كَذَبُوا۟ عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ
Wa-man ʹaz̤̣lamu mimmanif taraa ʻalal laahi kaẓibaa? ʹUlaaaʹika yuʻraḍoona ʻalaa Rabbihim wa-yaq̣oolul ʹashhaa Duhaaaʹulaaaʹil laẓeena kaẓaboo ʻalaa Rabbihim! ʹAlaa laʻnatul laahi ʻalaz̤̣ z̤̣aalimeen:
އަދި ﷲ ގެމައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ވަކިން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ (އެބަހީ: އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އެފަދަމީހުން قيامة ދުވަހުން ﷲ تعالى ގެ حضرة އަށް ހުށައެޅޭނެއެވެ. އެމީހުންގެ رَبُّ ގެ حضرة އަށް ހުށައެޅޭނެއެވެ. އަދި ހެކިދެއްވާ ބޭކަލުން (ملائكة ބޭކަލުން ނުވަތަ رسول ބޭކަލުން) ވިދާޅުވާނެއެވެ. މިމީހުންނަކީ އެމީހުންގެ رَبُّ ގެ މައްޗަށް ދޮގުހެދިމީހުންނެވެ. (މިއީ އަނިޔާވެރިންނެވެ.) ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް ﷲ ގެ لعنة ހުއްޓެވެ.
-
11:19
ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ
ʹAllaẓeena yaṣuddoona ʻañ Sabeelil laahi wa-yabg̣oonahaa ʻiwajaa: wa-hum̃ bil ʹAakhiratihum kaafiroon!
އެމީހުންނަކީ ﷲ ގެ މަގު ހިފަހައްޓާ ބަންދުކުރިމީހުންނެވެ. އަދި އެމަގު ގުދުކޮށް ބަޅުކުރަން އެދޭމީހުންނެވެ. އަދި ކަނޑައެޅިގެން އެމީހުންވަނީ آخرة އަށް ކާފަރުވެގެންނެވެ.
-
11:20
أُو۟لَـٰٓئِكَ لَمْ يَكُونُوا۟ مُعْجِزِينَ فِى ٱلْأَرْضِ وَمَا كَانَ لَهُم مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ ۘ يُضَـٰعَفُ لَهُمُ ٱلْعَذَابُ ۚ مَا كَانُوا۟ يَسْتَطِيعُونَ ٱلسَّمْعَ وَمَا كَانُوا۟ يُبْصِرُونَ
ʹUlaaaʹika lam yakoonoo muʻjizeena fil ʹarḍi wa-maa kaana lahum miñ doonil laahi min ʹawliyaaaʹ! Yuḍaaʻafu lahumul ʻaẓaab! Maa- kaanoo yastaṭeeʻoonas samʻa wa-maa kaanoo yubṣiroon.
އެމީހުން (ދަންނައެވެ!) އެމީހުންނަށް ބިންމަތީގައި (ﷲ) ނުކުޅައްދައި ނުލެވޭނެއެވެ. އަދި ﷲ ފިޔަވައި (قيامة ދުވަހުން) އެމީހުންނަށް އެއްވެސް ސަހަރޯވެރިޔަކު ނުވާނެއެވެ. އެމީހުންނަށް عذاب ޑަބަލްކުރެވޭނެއެވެ. އަދި އެމީހުންނަކީ حقّ ބަހެއް އިވުމަށް ކުޅަދާނަވެގެންވާބަޔަކު ކަމުގައި ނުވެއެވެ. އަދި حقّ އެއްޗެއް ފެންނާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
-
11:21
أُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ
ʹUlaaaʹikal laẓeena khasirooo ʹañfusahum wa-ḍalla ʻanhum maa kaanoo yaftaroon!
އެމީހުންނަކީ އެމީހުންގެ نفس ތައް ނަގައިލިމީހުންނެވެ. ގެއްލުވައިލި މީހުންނެވެ. އަދި އެމީހުން ދޮގުހަދާ ކަމުގައިވީތަކެތި (ބުދުތައް) އެމީހުންގެ ކިބައިން ގެއްލިގެންދާނެއެވެ.
-
11:22
لَا جَرَمَ أَنَّهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ
Laa- jarama ʹannahum fil ʹAakhirati humul ʹakhsaroon!
ހަމަކަށަވަރުން އެމީހުންނަކީ آخرة ގައި އެންމެބޮޑަށް ގެއްލިހަލާކުވި މީހުންކަމުގައިވުމީ عجائب އެއްނޫނެވެ. އެއީ ހަމަ حقّ ކަމެކެވެ.
-
11:23
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَأَخْبَتُوٓا۟ إِلَىٰ رَبِّهِمْ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ
ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati wa-ʹakhbatooo ʹilaa Rabbihim ʹulaaaʹika ʹAṣḥaabul Jannah, hum feehaa khaalidoon!
(އެމީހުންގެތެރެއިންވެސް) އީމާންވެގެން صالح عمل ކޮށް އަދި އެމީހުންގެ رَبّ އަށް توبة ވެ ބިރުވެތިވީމީހުން މެނުވީއެވެ. އެމީހުން އެއީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން ހަމަ އެތާ ދެމިތިބޭނެއެވެ.
-
11:24
۞ مَثَلُ ٱلْفَرِيقَيْنِ كَٱلْأَعْمَىٰ وَٱلْأَصَمِّ وَٱلْبَصِيرِ وَٱلسَّمِيعِ ۚ هَلْ يَسْتَوِيَانِ مَثَلًا ۚ أَفَلَا تَذَكَّرُونَ
Mas̤alul fareeq̣ayni kal-ʹaʻmaa wal-ʹaṣammi walbaṣeeri wassameeʻ. Hal yastawiyaani mas̤alaa? ʹAfalaa taẓakkaroon?
ދެބައިގަނޑުގެ މިސާލަކީ - އެބަހީ: ކާފަރުބައިގަނޑާއި مؤمن ންނާއި ދެބައިމީހުންގެ މިސާލަކީ، ކަނު އަދި ބީރުމީހަކާއި ލޮލަށް ފެންނަ އަދި ކަންފަތަށް އިވޭ މީހަކާ ދެމީހުންގެ މިސާލެވެ. މިދެމީހުން ފަހެ މިސާލުގެގޮތުން ހަމަހަމަވާނެ ހެއްޔެވެ؟ (ހަމަހަމަ ނުވާނެކަން ކަށަވަރެވެ.) ކަލޭމެން ފަހެ نصيحة ލިބިނުގަންނާނޭހެއްޔެވެ.
-
11:25
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ إِنِّى لَكُمْ نَذِيرٌ مُّبِينٌ
Wa-laq̣ad ʹarsalnaa Nooḥan ʹilaa Q̣awmih: ʹinnee lakum naẓeerum mubeen:
އަދި ހަމަކަށަވަރުން نُوح (عليه السّلام) رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ قوم އަށް ފޮނުއްވީމެވެ. (އެކަލޭގެފާނު قوم އަށް ވިދާޅުވިއެވެ.) ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެނަށްވާ نذير އަކީމެވެ. (ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކީމެވެ.)
-
11:26
أَن لَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۖ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ أَلِيمٍ
ʹAl laa taʻbudooo ʹillal laah: ʹinneee ʹakhaafu ʻalaykum ʻAẓaaba Yawmin ʹAleem.
އެއީ ﷲ ނޫން ފަރާތަކަށް ކަލޭމެން އަޅުކަން ނުކުރާށޭ (މިފަދައިން އެންގެވުމަށެވެ.) ހަމަކަށަވަރުން ވޭންދެނިވި عذاب އެއް ކަލޭމެންގެ މައްޗަށް އަތުވެދާނޭ ދުވަހަކަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ. ﷲ ނޫން ފަރާތަކަށް އަޅުކަންކޮށްފިއްޔާ މިބުނާ عذاب حقّ ވާނެއެވެ.
-
11:27
فَقَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا نَرَىٰكَ إِلَّا بَشَرًا مِّثْلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمْ أَرَاذِلُنَا بَادِىَ ٱلرَّأْىِ وَمَا نَرَىٰ لَكُمْ عَلَيْنَا مِن فَضْلٍۭ بَلْ نَظُنُّكُمْ كَـٰذِبِينَ
Faq̣aalal Malaʹul laẓeena kafaroo miñ q̣awmihee maa- naraaka ʹillaa basharam mis̤lanaa wa-maa naraakat tabaʻaka ʹillal laẓeena hum ʹaraaẓilunaa baadiyar raʹy: wa-maa naraa lakum ʻalaynaa miñ faḍlim bal naz̤̣unnukum kaaẓibeen!
ފަހެ އެކަލޭގެފާނުންގެ قوم ގެ ބޮޑުންކުރެ ބޮޑެތި ކާފަރުން ބުންޏެވެ. (އޭ نوح އެވެ!) ކަލޭގެފާނީ ހަމަ އަހުރެމެންކަހަލަ آدم ގެ ދަރިއަކުކަމުގައިމެނުވީ އަހުރެމެން ނުދެކެމުއެވެ. އަދި ކަލޭގެފާނަށް تبع ވާ މީހުންނަކީ އަހުރެމެންގެ ތެރޭގައިވާ އެންމެ ދަށް ދެރަ އަދި ބުއްދިޔާ رَأيُ ގެގޮތުން ހަރުދަނާކަމެއް ނެތް ބަޔަކުކަމުގައިމެނުވީ އަހުރެމެން ނުދެކެމުއެވެ. އަދި އަހުރެމެންގެމައްޗަށް ކަލޭގެފާނުންގެ ކިބައިގައި އިތުރު މާތްކަމެއްވާކަމަކަށް އަހުރެމެން ނުދެކެމެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނާމެދު އަހުރެމެންނަށް ހީވަނީ ކަލޭމެންނަކީ ދޮގުވެރިންކަމުގައެވެ.
-
11:28
قَالَ يَـٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَءَاتَىٰنِى رَحْمَةً مِّنْ عِندِهِۦ فَعُمِّيَتْ عَلَيْكُمْ أَنُلْزِمُكُمُوهَا وَأَنتُمْ لَهَا كَـٰرِهُونَ
Q̣aala yaa-q̣awmi ʹaraʹaytum ʹiñ kuñtu ʻalaa Bayyinatim mir Rabbee wa-ʹaataanee Raḥmatam min ʻIñdihee faʻummiyat ʻalaykum? ʹAnulzimukumoohaa wa-ʹañtum lahaa kaarihoon?
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން خبر ދީބަލާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން علم އާއި مَعْرِفَة ވެރިކަމެއްގެ މަތީގައިވެފައި އަދި ތިމަންކަލޭގެފާނަށް އެކަލާނގެ حضرة ން رحمة އެއް އައިސްފައި يعني: نبي ކަމާއި رسول ކަން އައިސްފައި އަދި އެ رحمة ކަލޭމެންގެމައްޗަށް އަނދިރިވެ ވަންހަނާވެފައިވުމާއި އެކު ކަލޭމެން އެކަމަށް ނުރުހިތިބޭ حال ތިމަންކަލޭގެފާނު ކަލޭމެންގެ މައްޗަށް އެކަން لاَزِمُ ކުރަންވީހެއްޔެވެ؟ (އެކަން އެހެން ނުވާނެއެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ނިޔާކުރައްވަންދެން ކަލޭމެންގެ ކަންތައް ﷲ އާއި وكيل ކުރަމެވެ.)
-
11:29
وَيَـٰقَوْمِ لَآ أَسْـَٔلُكُمْ عَلَيْهِ مَالًا ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۚ وَمَآ أَنَا۠ بِطَارِدِ ٱلَّذِينَ ءَامَنُوٓا۟ ۚ إِنَّهُم مُّلَـٰقُوا۟ رَبِّهِمْ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ
Wa-yaaq̣awmi laaa ʹasʹalukum ʻalayhi maalaa: ʹin ʹajriya ʹillaa ʻalal laahi wa-maaa ʹana biṭaaridil laẓeena ʹaamanoo: ʹinnahum mulaaq̣oo Rabbihim wa-laakinneee ʹaraakum q̣awmañ tajhaloon!
އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު رسول ކަން ކަލޭމެނަށް އިއްވެވުމުގެ މައްޗަށް އެއްވެސް މުދަލެއް (أجُور އެއް) ކަލޭމެންގެ ކިބައިން ނޭދެމެވެ. ތިމަންކަލޭގެފާނުންގެ އުޖޫރަ ވާކަން ކަށަވަރީ ﷲ ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނީ އީމާންވެގެންތިބި މީހުން ދުރުކޮށް ފައްސައިލާނޭ މީހަކީމެއްނޫނެވެ. އެމީހުންނީ އެމީހުންގެ ربّ އާއި ބައްދަލުކުރާނޭ ބައެކެވެ. އަދި ކިއެއްހެއްޔެވެ؟ އެހެނެއްކަމަކު ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކަލޭމެންނީ ހަމަ جاهل ނުދަންނަ ބަޔަކުކަމުގައެވެ.
-
11:30
وَيَـٰقَوْمِ مَن يَنصُرُنِى مِنَ ٱللَّهِ إِن طَرَدتُّهُمْ ۚ أَفَلَا تَذَكَّرُونَ
Wa-yaaq̣awmi mañy yañṣurunee minal laahi ʹiñ ṭarattuhum? ʹAfalaa taẓakkaroon!
އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު އެމީހުން يعني: إيمان ވީމީހުން ފައްސާ ދުރުކޮށްގެން ﷲ ގެ حضرة ން عقوبة އެއް އަތުވެއްޖެއްޔާ ދެން ތިމަންކަލޭގެފާނަށް نصر ދީ ވާގިދޭނީ ކާކުހެއްޔެވެ؟ ކަލޭމެން ފަހެ އެއްޗެއް ވިސްނާ نصيحة ލިބިނުގަންނާނެހެއްޔެވެ؟
-
11:31
وَلَآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ إِنِّى مَلَكٌ وَلَآ أَقُولُ لِلَّذِينَ تَزْدَرِىٓ أَعْيُنُكُمْ لَن يُؤْتِيَهُمُ ٱللَّهُ خَيْرًا ۖ ٱللَّهُ أَعْلَمُ بِمَا فِىٓ أَنفُسِهِمْ ۖ إِنِّىٓ إِذًا لَّمِنَ ٱلظَّـٰلِمِينَ
Wa-laaa ʹaq̣oolu lakum ʻiñdee khazaaaʹinul laahi wa-laaa ʹaʻlamul g̣ayba wa-laaa ʹaq̣oolu ʹinnee malakuñw walaaa ʹaq̣oolu lillaẓeena tazdareee ʹaʻyunukum lañy yuʹtiyahumul laahu khayraa: ʹAllaahu ʹaʻlamu bimaa feee ʹañfusihim: ʹinneee ʹiẓal laminaz̤̣ z̤̣aalimeen.
އަދި ތިމަންކަލޭގެފާނުގެ އަތުގައި ﷲ ގެ خزانة ވެޔެކޭވެސް ކަލޭމެންގާތު ތިމަންކަލޭގެފާނު ވިދާޅުނުވާނަމެވެ. އަދި ތިމަންކަލޭގެފާނަށް غيب ނޭނގެއެވެ. އަދި ތިމަންކަލޭގެފާނީ ހަމަކަށަވަރުން މަލާއިކަތެކޭވެސް ވިދާޅެއްނުވާނަމެވެ. އަދި ކަލޭމެންގެ ލޯތަކަށް އެމީހުންނަކީ މާދަށް ދެރަބަޔަކުކަމުގައި ދެކޭމީހުންނަށް - އެބަހީ: إيمان ވީމީހުންނަށް - ﷲ އެއްވެސް ހެޔޮކަމެއް ނުދެއްވާނެއެކޭވެސް ތިމަންކަލޭގެފާނު ވިދާޅެއް ނުވާނަމެވެ. އެމީހުންގެ نفس ތަކުގައިވާކަމެއް ދެނެވޮޑިގަތުންބޮޑީ ހަމަ ﷲ އެވެ. އެހެން ހަދައިފިއްޔާ (އެބަހީ: އީމާންވީ މީހުން ދުރުކޮށް ފައްސައިލައިފިއްޔާ އަދި އެމީހުންނަށް އެއްވެސް ހެޔޮކަމެއް ނުދެއްވާނޭ ބުނެފިއްޔާ) ހަމަކަށަވަރުން ތިމަންކަލޭގެފާނުވާހުށީ އަނިޔާވެރިންގެތެރެއިންކަންކަށަވަރެވެ.
-
11:32
قَالُوا۟ يَـٰنُوحُ قَدْ جَـٰدَلْتَنَا فَأَكْثَرْتَ جِدَٰلَنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Q̣aaloo yaa-Nooḥu q̣ad jaadaltanaa faʹaks̤arta jidaalanaa faʹtinaa bimaa taʻidunaaa ʹiñ kuñta minaṣ ṣaadiq̣een?
އެމީހުން ދެންނެވިއެވެ. އޭ نوح އެވެ! ކަލޭގެފާނު އަހުރެމެންނާ جدل ކުރައްވައިފީމުއެވެ. އަދި جدل ވަރަށްގިނަވެސް ކުރައްވައިފީމުއެވެ. ދެން އެހެންވީއިރު އަހުރެމެންގެމައްޗަށް އަންނާނެކަމަށް ތިޔަވިދާޅުވާ އަދި وعد ކުރައްވާ އެތި يعني: عذاب އަހުރެމެންގެމައްޗަށް ގެނަސްދެއްވާށެވެ! ކަލޭގެފާނީ ތެދުވެރިޔަކު ކަމުގައިވަންޏާއެވެ.
-
11:33
قَالَ إِنَّمَا يَأْتِيكُم بِهِ ٱللَّهُ إِن شَآءَ وَمَآ أَنتُم بِمُعْجِزِينَ
Q̣aala ʹinnamaa yaʹteekum̃ bihil laahu ʹiñ shaaʹa wa-maaa ʹañtum̃ bimuʻjizeen!
އެކަލޭގެފާނު ވިދާޅުވިއެވެ. އެ عذاب ކަލޭމެންނަށް ގެންނަވާނެކަންކަށަވަރީ ހަމަ ﷲ އެވެ. އެކަލާނގެ އެދިވޮޑިގެންނެވިއްޔާއެވެ. އަދި ކަލޭމެންނަކީ ދެން އޭރުން އެ عذاب دفاع ކޮށް އެކަލާނގެ ނުކުޅައްދައިލެވޭނެ ބަޔަކުނޫނެވެ.
-
11:34
وَلَا يَنفَعُكُمْ نُصْحِىٓ إِنْ أَرَدتُّ أَنْ أَنصَحَ لَكُمْ إِن كَانَ ٱللَّهُ يُرِيدُ أَن يُغْوِيَكُمْ ۚ هُوَ رَبُّكُمْ وَإِلَيْهِ تُرْجَعُونَ
Wa-laa yañfaʻukum nuṣḥeee ʹin ʹarattu ʹan ʹañṣaḥa lakum ʹiñ kaanal laahu yureedu ʹañy yug̣wiyakum: Huwa Rabbukum! wa-ʹilayhi turjaʻoon!
އަދި ތިމަންކަލޭގެފާނު ކަލޭމެނަށް نصيحة ދޭން قصد ކުރިނަމަވެސް ﷲ ކަލޭމެން ތެދުމަގުން އެއްފަރާތްކޮށްލާ މަގުފުރައްދައިލުމަށް އެދިވޮޑިގަންނަވަންޏާ ތިމަންކަލޭގެފާނުންގެ نصيحة ން ކަލޭމެނަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެކަލާނގެ އެއީ ހަމަކަލޭމެންގެ ربّ އެވެ. އަދި ކަލޭމެން رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
-
11:35
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَعَلَىَّ إِجْرَامِى وَأَنَا۠ بَرِىٓءٌ مِّمَّا تُجْرِمُونَ
ʹAm yaq̣ooloonaf taraah? Q̣ul ʹinif taraytuhoo faʻalayya ʹijraamee wa-ʹana bareeeʹum mimmaa tujrimoon!
(ﷲ ވަޙީ ކުރެއްވިއެވެ.) ނުވަތަ އެމީހުން يعني: مكّة ގެ مشرك ން އެބުނަނީ އެކަލޭގެފާނު يعني: محمّد ގެފާނު نوح ގެފާނުންގެ ވާހަކަ އޭގައި އެކުލެވިގެން އެވާ އެ قرآن އާއި نُوح (عليه السّلام) ގެވާހަކަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވިކަމަށްހެއްޔެވެ؟ (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހަދައި އެފޮތް ﷲ އަށް نسبة ކުރާނަމަ އެކަމުގެ ކުށް އަދި ފާފަ އޮންނާނީ ހަމަ ތިމަންކަލޭގެފާނަށެވެ. އަދި ކަލޭމެން ކުރާ ފާފައިން ތިމަންކަލޭގެފާނު ބަރީއަވެގެންވެއެވެ.
-
11:36
وَأُوحِىَ إِلَىٰ نُوحٍ أَنَّهُۥ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ ءَامَنَ فَلَا تَبْتَئِسْ بِمَا كَانُوا۟ يَفْعَلُونَ
Wa-ʹooḥiya ʹilaa Nooḥin ʹannahu lañy yuʹmina miñ q̣awmika ʹillaa mañ q̣ad ʹaamana falaa tabtaʹis bimaa kaanoo yafʻaloon.
އަދި نوح (عليه السّلام) އަށް وحي އިއްވެވުނެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ قوم ގެމީހުންކުރެ މިހާރު އީމާންވެފައިވާމީހުން ފިޔަވައި ދެން އެހެންމީހަކު ކަލޭގެފާނުންގެ قوم ން އީމާންނުވާނެއެވެ. އަދި އެމީހުން އެކުރާ ކަންތަކާމެދު ކަލޭގެފާނު مايوس ވެވަޑައިގެން ހިތާމަފުޅު ނުކުރައްވާށެވެ!
-
11:37
وَٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلَا تُخَـٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۚ إِنَّهُم مُّغْرَقُونَ
Waṣnaʻil Fulka biʹaʻyuninaa wa-Waḥyinaa wa-laa tukhaaṭibnee fil laẓeena z̤̣alamoo: ʹinnahum mug̣raq̣oon.
އަދި ތިމަންރަސްކަލާނގެ ބެއްލުމާއި أمر ފުޅާއެއްގޮތަށް ކަލޭގެފާނު ނައުކޮޅު ހައްދަވާށެވެ! އަދި އަނިޔާވެރިވީމީހުންނާއިމެދު (مشرك ންނާއިމެދު) ކަލޭގެފާނު ތިމަންރަސްކަލާނގެއާއި مخاطب ކުރައްވައި ބަސްފުޅު ވިދާޅުނުވާށެވެ! ހަމަކަށަވަރުން އެމީހުންނަކީ غرق ވެގެންދާނޭ ބައެކެވެ.
-
11:38
وَيَصْنَعُ ٱلْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِّن قَوْمِهِۦ سَخِرُوا۟ مِنْهُ ۚ قَالَ إِن تَسْخَرُوا۟ مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ
Wa-yaṣnaʻul Fulk: wa-kullamaa marra ʻalayhi malaʹum miñ q̣awmihee sakhiroo minh. Q̣aala ʹiñ taskharoo minnaa faʹinnaa naskharu miñkum kamaa taskharoon!
އަދި އެކަލޭގެފާނު ނައުކޮޅު ހައްދަވަމުންދެއެވެ. (އެއީ އެއްގަމުގައެވެ. މޫދާ މާދުރުގައެވެ.) އަދި ރަށުގެ ބޮޑެތިމީހުން އެކަލޭގެފާނު (ނައުކޮޅު ހައްދަވާތާ) ކައިރިންލާފައިދަންޏާ އެކަލޭގެފާނަށް މަލާމާތްކުރެއެވެ. (އެމީހުން ބުނާކަމުގައިވެއެވެ. މިހާރު نبي ކަން ދޫކޮށްލައްވާފައި ވަޑާންފެއްޓެވީތޯއެވެ. އަދި ތިޔަ ނައު ތިޔައީ އެއްގަމުގައިދުއްވާ ނަވެއްތޯއެވެ. އެހެންނާފަހެ މޫދުވީ ހިސާބެއް ނޭނގެއެވެ. މިއީ މަލާމާތަށް އެމީހުންބުނާ ބައެއްތަކެތި ކަމުގައިވިއެވެ.) އެކަލޭގެފާނު އެމީހުންނަށް ވިދާޅުވެއެވެ. ކަލޭމެން އަހުރެމެންނަށް މަލާމާތްކުރަންޏާ އަހުރެމެންވެސް ކަލޭމެން ތިޔަ މަލާމާތްކުރާގޮތަށް ކަލޭމެނަށް މަލާމާތްކުރާނަމެވެ.
-
11:39
فَسَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ
Fasawfa taʻlamoona mañy yaʹteehi ʻAẓaabuñy yukhzeehi wa-yaḥillu ʻalayhi ʻaẓaabum muq̣eem:
އަދި ނިކަންހުރެ އެމީހަކަށް ދެރަނިކަމެތިވެގެންވާ عذاب އެއް އަންނާނެމީހެއް ކަލޭމެންނަށް އެނގިދާނެއެވެ. އަދި އެމީހަކަށް (آخرة ދުވަހުން) ނަރަކައިގެ دائمى عذاب އެއް އަންނާނެ މީހަކު އެނގިދާނެއެވެ.
-
11:40
حَتَّىٰٓ إِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ قُلْنَا ٱحْمِلْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ وَمَنْ ءَامَنَ ۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٌ
Ḥattaaa ʹiẓaa jaaaʹa ʹAmrunaa wa-faarat tannooru q̣ulnaḥ mil feehaa miñ kulliñ zawjaynis̤ nayni wa-ʹahlaka ʹillaa mañ sabaq̣a ʻalayhil Q̣awlu wa-man ʹaaman. Wa-maaa ʹaamana maʻahooo ʹillaa q̣aleel.
ދެން ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދުން ކައްކާ އުނދުންތަކުން (އަދި ހަމަ ސީދާ ބިމުން) ފެން އަރަންފަށައިފިއެވެ. ތިމަންރަސްކަލާނގެ (އެކަލޭގެފާނަށް) އެންގެވީމެވެ. ކޮންމެ ދިރޭބާވަތަކުން ޖޯޑުޖޯޑު ވާގޮތަށް ދޭތި އެނަވަށް ލައްވާށެވެ! އަދި އެމީހެއްގެމައްޗަށް (ހަލާކުގެ) ބަސްފުޅު އިސްވެގޮސްފައިވާމީހުން ފިޔަވައި ކަލޭގެފާނުންގެ أهل ވެރިންވެސް ލައްވާށެވެ! އަދި އީމާންވެގެންވާމީހުންވެސް އެނަވަށް ލައްވާށެވެ! އަދި މަދުބަޔަކުމެނުވީ އެކަލޭގެފާނާއެކު އީމާންވެގެން ނުވެއެވެ.
-
11:41
۞ وَقَالَ ٱرْكَبُوا۟ فِيهَا بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآ ۚ إِنَّ رَبِّى لَغَفُورٌ رَّحِيمٌ
Wa-q̣aalar kaboo feeha bismil laahi majraihaa wa-mursaahaa! ʹInna Rabbee la-G̣afoorur Raḥeem!
އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އެނަވަށް ކަލޭމެން އަރާށެވެ! އެނަވުގެ ދުވުމާއި އަދި އެނަވުގެ ބަނދަރުކުރުންވަނީ ﷲ ގެ إسم ފުޅުންނެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ އެއީ ކަނޑައެޅިގެން ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑު ކަލާނގެކަން ކަށަވަރެވެ.
-
11:42
وَهِىَ تَجْرِى بِهِمْ فِى مَوْجٍ كَٱلْجِبَالِ وَنَادَىٰ نُوحٌ ٱبْنَهُۥ وَكَانَ فِى مَعْزِلٍ يَـٰبُنَىَّ ٱرْكَب مَّعَنَا وَلَا تَكُن مَّعَ ٱلْكَـٰفِرِينَ
Wa-hiya tajree bihim fee mawjiñ kaljibaal. Wa-naadaa Nooḥunib nahoo wa-kaana fee maʻziliñy yaa-bunay yarkam maʻanaa wa-laa takum maʻal Kaafireen!
އަދި އެނައުކޮޅު އެމީހުންނާއިގެން ފަރުބަދަތައްވަރުގެ ބޮޑެތި ރާޅުގެތެރޭގައި ދުވަމުންދެއެވެ. އަދި نوح (عليه السّلام) އެކަލޭގެފާނުންގެ ދަރިކަލުންނަށް ވިދާޅުވެ ގޮވައިލެއްވިއެވެ. އޭރު އޭނާ ވަނީ ނަވާ ވަކިން ކަނޑުގައެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިފުޅާއެވެ! އަހުރެމެންނާއެކު ނަވަށް އަރާށެވެ! އަދި ކާފަރުންނާއެކު ނުވާށެވެ!
-
11:43
قَالَ سَـَٔاوِىٓ إِلَىٰ جَبَلٍ يَعْصِمُنِى مِنَ ٱلْمَآءِ ۚ قَالَ لَا عَاصِمَ ٱلْيَوْمَ مِنْ أَمْرِ ٱللَّهِ إِلَّا مَن رَّحِمَ ۚ وَحَالَ بَيْنَهُمَا ٱلْمَوْجُ فَكَانَ مِنَ ٱلْمُغْرَقِينَ
Q̣aala saʹaaweee ʹilaa jabaliñy yaʻṣimunee minal maaaʹ. Q̣aala laa- ʻaaṣimal yawma min ʹAmril laahi ʹillaa mar raḥim! Waḥaala baynahumal mawju fakaana minal mug̣raq̣een.
އެދަރިކަލުން ދެންނެވިއެވެ. އަހުރެން ފަރުބަދައަކަށް އަރާ ހަމަޖެހިދާނަމެވެ. އެފަރުބަދަ އަހުރެން ފެނުން ސަލާމަތްކޮށްދީފާނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ސަލާމަތްކޮށްދޭނޭ އެއްވެސް މީހަކު ނުވާނެއެވެ. މިއީ ﷲ ގެ أمر ފުޅުން ހިނގަމުންދާކަމެކެވެ. އެކަލާނގެ رحمة ލެއްވި މީހަކުމެނުވީ ސަލާމަތެއް ނުވާނެއެވެ. (އަދި އެހިސާބަށް ދެބަފައިންގެ ވާހަކަ ދާއިރަށް) އެދެބަފައިކަލުންގެ ދެމެދަށް ރާޅެއް ހުރަސްވެއްޖެއެވެ. (ދެން އެދަރިކަލުން ގެއްލުނީއެވެ.) އަދި އޭނާވީ غرق ވެގެންދިޔަ މީހުންގެތެރެއިންނެވެ.
-
11:44
وَقِيلَ يَـٰٓأَرْضُ ٱبْلَعِى مَآءَكِ وَيَـٰسَمَآءُ أَقْلِعِى وَغِيضَ ٱلْمَآءُ وَقُضِىَ ٱلْأَمْرُ وَٱسْتَوَتْ عَلَى ٱلْجُودِىِّ ۖ وَقِيلَ بُعْدًا لِّلْقَوْمِ ٱلظَّـٰلِمِينَ
Wa-q̣eela yaaaʹarḍub laʻee maaaʹaki wa-yaasamaaaʹu ʹaq̣liʻee wa-g̣eeḍal maaaʹu wa-q̣uḍiyal ʹamru wastawat ʻalal joodiyyi wa-q̣eela buʻdal lilq̣awmiz̤̣ z̤̣aalimeen!
އަދި ބުނެވުނެވެ. (އެބަހީ: ﷲ އެންގެވިއެވެ.) އޭ ބިމާއެވެ! ތިބާގެ ފެން ތިބާ ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ތިބާގެ ފެން ތިބާ ހިފަހައްޓާށެވެ! އަދި ބިމުގެތެރެއަށް ފެންގަނޑު ގެނބިގެންގޮސް ހިކިއްޖެއެވެ. އަދި ހުރިހާކަމެއްވެ ނިމިއްޖެއެވެ. (އެންމެހައި ކާފަރުން ހަލާކުވެ ދިޔައީއެވެ.) އަދި الجُودِيُّ ކިޔާ ފަރުބަދައިގައި ނައުކޮޅުގޮސް ހަމަޖެހިއްޖެއެވެ. ބަނދަރުކޮށްފިއެވެ. އަދި އެންގެވުނެވެ. އަނިޔާވެރިންނަށް ހުރި ދުރުކަމާއެވެ. ﷲ ގެ رحمة އާއި ދުރުކަމާއެވެ.
-
11:45
وَنَادَىٰ نُوحٌ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبْنِى مِنْ أَهْلِى وَإِنَّ وَعْدَكَ ٱلْحَقُّ وَأَنتَ أَحْكَمُ ٱلْحَـٰكِمِينَ
Wa-naadaa Nooḥur Rabbahoo faq̣aala Rabbi ʹinnab Nee min ʹahlee wa-ʹinna waʻdakal ḥaq̣q̣u wa-ʹAñta ʹaḥkamul Ḥaakimeen!
އަދި نوح (عليه السّلام) އެކަލޭގެފާނުންގެ ربّ އަށް مناجا ދެންނެވިއެވެ. دعاء ދެންނެވިއެވެ. ފަހެ އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާގެ ދަރިކަލުންވަނީ މިއަޅާގެ أهل ވެރިންގެތެރެއިންނެވެ. (އޭނާ ވީތަނެއް ނޭނގެއެވެ.) އަދި ހަމަކަށަވަރުން އިބަރަސްކަލާނގެ وعد ފުޅު އެއީ ހަމަ حقّ وعد ފުޅެކެވެ. (އެއީ މިއަޅާގެ أهل ވެރިން ސަލާމަތްކުރައްވާނެކަމުގެ وعد ފުޅެވެ.) އަދި އިބަރަސްކަލާނގެއީ އެންމެމޮޅަށް حكم ކުރައްވާ حاكم އެވެ.
-
11:46
قَالَ يَـٰنُوحُ إِنَّهُۥ لَيْسَ مِنْ أَهْلِكَ ۖ إِنَّهُۥ عَمَلٌ غَيْرُ صَـٰلِحٍ ۖ فَلَا تَسْـَٔلْنِ مَا لَيْسَ لَكَ بِهِۦ عِلْمٌ ۖ إِنِّىٓ أَعِظُكَ أَن تَكُونَ مِنَ ٱلْجَـٰهِلِينَ
Q̣aala yaa-Nooḥu ʹinnahoo laysa min ʹahlik: ʹinnahoo ʻamalun g̣ayru ṣaaliḥ. Falaa tasʹalni maa- laysa laka bihee ʻilm! ʹInneee ʹaʻiz̤̣uka ʹañ takoona minal jaahileen!
އެކަލާނގެ وحي ކުރެއްވިއެވެ. ހަމަކަށަވަރުން އެދަރިކަލުން ކަލޭގެފާނުންގެ أهل ވެރިންގެތެރެއިން ނުވެއެވެ. ހަމަކަށަވަރުން އޭނާގެ عمل صالح عمل ކަމުގައި ނުވެއެވެ. (ބުނެވެނީ އޭނާ شرك ކުރާކަމުގައެވެ. والله أعلم) ނުވަތަ ކަލޭގެފާނު އެދަރިކަލުންގެ މައްސަލައިގައި ތިމަންރަސްކަލާނގެއަށް ދެންނެވި ދެންނެވުން صالح عمل ގެތެރެއިން ނުވެއެވެ. މިދެ ترجمة ވެއެވެ. طَبرى راجِحُ ކުރައްވަނީ ފަހުން މިދެންނެވި ގޮތެވެ. والله أعلم بالصّواب)\n(ﷲ وحي ކުރައްވައެވެ. އޭ نوح އެވެ!) ކަލޭގެފާނަށް އެކަމެއްގެ خبر އެނގިވަޑައިގެންނުވާ ކަންތަކަށް ތިމަންރަސްކަލާނގެއަށް ނުދަންނަވާށެވެ! އަދި ކަލޭގެފާނު جاهل ންގެ ތެރެއިން ވެވަޑައިނުގެންނެވުމަށް ތިމަންރަސްކަލާނގެ ކަލޭގެފާނަށް وعظ ދެމެވެ. نصيحة ދެމެވެ.
-
11:47
قَالَ رَبِّ إِنِّىٓ أَعُوذُ بِكَ أَنْ أَسْـَٔلَكَ مَا لَيْسَ لِى بِهِۦ عِلْمٌ ۖ وَإِلَّا تَغْفِرْ لِى وَتَرْحَمْنِىٓ أَكُن مِّنَ ٱلْخَـٰسِرِينَ
Q̣aala Rabbi ʹinneee ʹaʻooẓu bika ʹan ʹasʹalaka maa- laysa lee bihee ʻilm. Wa-ʹillaa tag̣fir lee wa-tarḥamnee ʹakum minal khaasireen!
އެކަލޭގެފާނު يعني: نوح (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާއަށް އެނގިގެންނުވާ ކަންކަމާއިމެދު އިބަރަސްކަލާނގެއާ ސުވާލުކޮށް ދެންނެވުމާއިމެދު އިބަރަސްކަލާނގެ حضرة ން ސަލާމަތާއި ރައްކާތެރިކަން ދެއްވުންއެދި މިއަޅާ ދަންނަވަމެވެ! ފަހެ އިބަރަސްކަލާނގެ މިއަޅާއަށް ނުފުއްސެވިއްޔާ އަދި އިބަރަސްކަލާނގެ މިއަޅާއަށް رحمة ނުލެއްވިއްޔާ ހަމަކަށަވަރުން މިއަޅާވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
-
11:48
قِيلَ يَـٰنُوحُ ٱهْبِطْ بِسَلَـٰمٍ مِّنَّا وَبَرَكَـٰتٍ عَلَيْكَ وَعَلَىٰٓ أُمَمٍ مِّمَّن مَّعَكَ ۚ وَأُمَمٌ سَنُمَتِّعُهُمْ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٌ
Q̣eela yaa-Nooḥuh biṭ bi-Salaamim minnaa wa-Barakaatin ʻalayka wa-ʻalaaa ʹUmamim mimmam maʻak: wa-ʹumamuñ sanumattiʻuhum s̤umma yamassuhum minnaa ʻaẓaabun ʹaleem.
وحي އިއްވެވުނެވެ. އެބަހީ: ﷲ تعالى وحي ކުރެއްވިއެވެ. އޭ نوح އެވެ! ތިމަންރަސްކަލާނގެ حضرة ންވާ ސަލާމަތްތެރިކަމާއިއެކު ފައިބާވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނަށާއި އަދި ކަލޭގެފާނާއި އެކުގައިވާ މީހުންގެ ދަރިކޮޅުން އަންނާނޭ مؤمن ންގެމައްޗަށް ވާ بركاة އާއިއެކުގައެވެ. އަދި އެބަޔަކަށް ދުނިޔޭގެ حياة ގައި ކުޑަ އަރާމުކޮޅެއް ތިމަންރަސްކަލާނގެ ދެއްވާނޭ ބަޔަކުގެމައްޗަށްވެސް މެއެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އެމީހުންނަށް ޖެހޭނީ ވޭންދެނިވި عذاب އެވެ. (މިމީހުންނަކީ ﷲ ގެ أَزَلِى علم ނިޔާކުރާގޮތުން ނައުކޮޅުގައިވާމީހުންގެ ދަރިކޮޅުން އަންނާނޭ ކާފަރުންނެވެ.)
-
11:49
تِلْكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهَآ إِلَيْكَ ۖ مَا كُنتَ تَعْلَمُهَآ أَنتَ وَلَا قَوْمُكَ مِن قَبْلِ هَـٰذَا ۖ فَٱصْبِرْ ۖ إِنَّ ٱلْعَـٰقِبَةَ لِلْمُتَّقِينَ
Tilka min ʹambaaaʹil g̣aybi nooḥeehaaa ʹilayk: maa- kuñta taʻlamuhaaa ʹañta wa-laa q̣awmuka miñ q̣abli haaẓaa. Faṣbir ʹinnal ʻAaq̣ibata lil-Muttaq̣een.
(އޭ رسول ﷲ އެވެ!) އެ خبر ތަކަކީ يعني: نوح عليه السّلام ގެ خبر ތައް މިއީ - ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެ خبر ތައް وحي ކުރައްވާ غَيْبُ ގެ خبر ތަކެވެ. ކަލޭގެފާނުވެސް އަދި ކަލޭގެފާނުންގެ قوم ގެމީހުންވެސް މީގެކުރީ އެބަހީ: މި وحي ގެކުރީ މި خبر ތައް ދަންނަކަމުގައި ނުވެއެވެ. ފަހެ ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ކަންކަމުގެ ފަހުކޮޅު ރަނގަޅުވުންވަނީ تقوى ވެރިންނަށެވެ.
-
11:50
وَإِلَىٰ عَادٍ أَخَاهُمْ هُودًا ۚ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ إِنْ أَنتُمْ إِلَّا مُفْتَرُونَ
Wa-ʹilaa ʻAadin ʹakhaahum Hoodaa. Q̣aala yaa-q̣awmiʻ budul laaha maa- lakum min ʹilaahin g̣ayruh. ʹIn ʹañtum ʹillaa muftaroon!
އަދި عاد ބާގައިގެމީހުންގެގާތަށް އެމީހުންގެ أخ هود عليه السّلام رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި ކަލޭމެންނަކަށް އެހެންއެއްވެސް إله އަކު ނުވެއެވެ. ކަލޭމެންނަކީ ދޮގުވެރިބަޔަކުކަމުގައި މެނުވީ ނުވެއެވެ. (އެބަހީ: ﷲ ފިޔަވައި إله ންކަމުގައި ބުދުތަކަށް އަޅުކަންކުރުމަކީ ދޮގެވެ. އެއްވެސް މާނައެއްގައި އަޅުކަން އެއަށް ވެވުން حقّ އެއްޗެއްނޫނެވެ.)
-
11:51
يَـٰقَوْمِ لَآ أَسْـَٔلُكُمْ عَلَيْهِ أَجْرًا ۖ إِنْ أَجْرِىَ إِلَّا عَلَى ٱلَّذِى فَطَرَنِىٓ ۚ أَفَلَا تَعْقِلُونَ
Yaa-q̣awmi laaa ʹasʹalukum ʻalayhi ʹajraa. ʹIn ʹajriya ʹillaa ʻalal laẓee faṭaranee: ʹafalaa taʻq̣iloon?
އޭ އަހުރެންގެ قوم އެވެ! ތިމަންކަލޭގެފާނު އެކަމުގެ މައްޗަށް އެބަހީ: رسول ކަން ކަލޭމެނަށް އިއްވުމުގެ މައްޗަށް-ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދޭނަމެވެ. - ތިމަންކަލޭގެފާނުންގެ އުޖޫރަ ތިމަންކަލޭގެފާނު ނެތުމުގެ ތެރެއިން ހެއްދެވި ކަލާނގެ حضرة ން މެނުވީ ނުވެއެވެ. ކަލޭމެން ފަހެ ބުއްދި ނުކުރާނަންހެއްޔެވެ؟
-
11:52
وَيَـٰقَوْمِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا۟ مُجْرِمِينَ
Wa-yaaq̣awmis tag̣firoo Rabbakum s̤umma toobooo ʹilayhi yursilis samaaaʹa ʻalaykum midraarañw wayazidkum q̣uwwatan ʹilaa q̣uwwatikum wa-laa tatawallaw mujrimeen!
އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ދެން އެކަލާނގެ حضرة އަށް رجوع ވެ توبة ވާށެވެ! އެކަލާނގެ ކަލޭމެންނަށް ބޯވާރޭ ފޮނުއްވާނެތެވެ. އަދި ކަލޭމެންގެ ބާރުގެތެރެއަށް ބާރު އިތުރުކޮށްދެއްވާނެއެވެ. އަދި ކަލޭމެން އުރެދޭ حال / ނުވަތަ كافر ވާ حال ފުރަގަސްނުދޭށެވެ!1
-
11:53
قَالُوا۟ يَـٰهُودُ مَا جِئْتَنَا بِبَيِّنَةٍ وَمَا نَحْنُ بِتَارِكِىٓ ءَالِهَتِنَا عَن قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِينَ
Q̣aaloo yaa-Hoodu maa- jiʹtanaa bi-Bayyinatiñw wamaa naḥnu bitaarikeee ʹaalihatinaa ʻañ q̣awlika wa-maa naḥnu laka bi-Muʹmineen!
އެމީހުން ދެންނެވިއެވެ. އޭ هود ގެފާނެވެ! ކަލޭގެފާނު އަހުރެމެންގެ ގާތަށް އެއްވެސް حجّة އެއް دليل އެއް (ތިޔަދައްކަވާ ވާހަކަފުޅު ތެދުކަމުގެމައްޗަށް) ނުގެންނަވަމެވެ. އަދި ކަލޭގެފާނު ހަމަ ވިދާޅުވާ ވިދާޅުވުމަކަށް އަހުރެމެން އަހުރެމެންގެ إله ންތަކެއް ނުދޫކުރާނަމެވެ. އަދި އަހުރެމެންނަކީ ކަލޭގެފާނަށް އީމާންވާނެ ބަޔަކުކަމުގައި ނުވެއެވެ.
-
11:54
إِن نَّقُولُ إِلَّا ٱعْتَرَىٰكَ بَعْضُ ءَالِهَتِنَا بِسُوٓءٍ ۗ قَالَ إِنِّىٓ أُشْهِدُ ٱللَّهَ وَٱشْهَدُوٓا۟ أَنِّى بَرِىٓءٌ مِّمَّا تُشْرِكُونَ
ʹIn naq̣oolu ʹillaʻ taraaka baʻḍu ʹaalihatinaa bisoooʹ. Q̣aala ʹinneee ʹushhidul laaha washhadooo ʹannee bareeeʹum mimmaa tushrikoon.
(އަހުރެމެންގެ إله ންތަކަށް ހުތުރުބަސް ވިދާޅުވުމުގެ ސަބަބުން) އަހުރެމެންގެ ބައެއް إله ންގެފަރާތުން ކަލޭގެފާނަށް ކޮންމެވެސް މޮޔަކަމެއް ޖެހިވަޑައިގެންފައިވާ ކަމުގައި މެނުވީ އަހުރެމެން ނުބުނާނަމެވެ. (އެބަހީ: ކަލޭގެފާނަށް ތިޔަވަނީ އެ إله ންގެފަރާތުން ނުބައި މޮޔަކަމެއް ޖެހިވަޑައިގެންފައެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ﷲ ހެކިކުރުވަމެވެ. އަދި ކަލޭމެންވެސް ހެކިވާށެވެ. ހަމަކަށަވަރުން ކަލޭމެން ތިޔަ شريك ކުރާތަކެތީން އަހުރެންވަނީ ބަރީއަވެގެންނެވެ.
-
11:55
مِن دُونِهِۦ ۖ فَكِيدُونِى جَمِيعًا ثُمَّ لَا تُنظِرُونِ
Miñ doonihee fakeedoonee jameeʻañ s̤umma laa- tuñz̤̣iroon.
އެކަލާނގެ މެނުވީއެވެ. ފަހެ ކަލޭމެން އެންމެން (ކަލޭމެންނާ އަދި ބުދުތަކާވެގެން) ތިމަންކަލޭގެފާނަށް ނުބައިގޮތެއް ރާވައި ގެއްލުމެއްދޭން ނިންމާލާށެވެ! އަދި ތިމަންކަލޭގެފާނަށް ދަނޑިވަޅެއްވެސް ނުދޭށެވެ!
-
11:56
إِنِّى تَوَكَّلْتُ عَلَى ٱللَّهِ رَبِّى وَرَبِّكُم ۚ مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذٌۢ بِنَاصِيَتِهَآ ۚ إِنَّ رَبِّى عَلَىٰ صِرَٰطٍ مُّسْتَقِيمٍ
ʹInnee tawakkaltu ʻalal laahi Rabbee Wa-Rabbikum! Maa- miñ daaabbatin ʹillaa Huwa ʹaakhiẓum binaasiyatihaa. ʹInna Rabbee ʻalaa Ṣiraaṭim Mustaq̣eem.
ހަމަކަށަވަރުން ތިމަންކަލޭގެފާނު ﷲ އަށް وكيل ކޮށްފީމެވެ. އެކަލާނގެއީ ތިމަންކަލޭގެފާނާއި އަދި ކަލޭމެންގެ ربّ އެވެ. އެއްވެސް ދިރޭއެއްޗެއް އެއެއްޗެއްގެ ނިތްކުރީގެމަތީގައިވާ އިސްތަށިގަނޑުގައި އެކަލާނގެ ހިތްޕަވައިގެންވާމެނުވީ ނުވެއެވެ. (އެބަހީ: ކޮންމެއެއްޗެއްވެސްވަނީ އެކަލާނގެ ބާރުގެދަށުގައެވެ.) ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ވަނީ حقّ މަގުގައެވެ. عدل إنصاف ގައެވެ. (މިހެނީ ތިމަންކަލޭގެފާނު މިގޮވައިލައްވަނީ އެކަލާނގެ މަގަށެވެ. ކަލޭމެން އެމަގަށް ތަބާނުވެ އަދި އެމަގުބަންދުކުރަނީއެވެ. އެކަލާނގެ ތިމަންކަލޭގެފާނު ގެއްލެނި ނުކުރައްވާނެއެވެ.)
-
11:57
فَإِن تَوَلَّوْا۟ فَقَدْ أَبْلَغْتُكُم مَّآ أُرْسِلْتُ بِهِۦٓ إِلَيْكُمْ ۚ وَيَسْتَخْلِفُ رَبِّى قَوْمًا غَيْرَكُمْ وَلَا تَضُرُّونَهُۥ شَيْـًٔا ۚ إِنَّ رَبِّى عَلَىٰ كُلِّ شَىْءٍ حَفِيظٌ
Faʹiñ tawallaw faq̣ad ʹablag̣tukum maaa ʹursiltu biheee ʹilaykum. Wa-yastakhlifu Rabbee q̣awman g̣ayrakum, wa-laa taḍurroonahoo shayʹaa. ʹInna Rabbee ʻalaa kulli shayʹin Ḥafeez̤̣.
(ﷲ ވަޙީކުރެއްވިއެވެ.) ފަހެ އެމީހުން އެނބުރި ފުރަގަސްދީފިއްޔާ (ވިދާޅުވާށެވެ!) ހަމަކަށަވަރުން ތިމަންކަލޭގެފާނު އެއެއްޗަކާއިގެން ކަލޭމެންގެގާތަށް އެފޮނުވުނު އެތި ހަމަކަށަވަރުން ތިމަންކަލޭގެފާނު ކަލޭމެނަށް އިއްވައިފީމެވެ. (އެބަހީ: رسول ކަން އިއްވައިފީމެވެ.) އަދި ތިމަންކަލޭގެފާނުންގެ ربّ ކަލޭމެން ހަލާކުކުރައްވައި ކަލޭމެން ނޫންބައަކު އޭގެބަދަލުގައި ގެންނަވައިފާނެއެވެ. އަދި އެއްވެސް ގެއްލުމެއް ކަލޭމެންނަށް އެކަލާނގެއަށް ނުދެވޭނެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ހުރިހާއެއްޗެއް ރައްކާތެރިކުރައްވައެވެ.
-
11:58
وَلَمَّا جَآءَ أَمْرُنَا نَجَّيْنَا هُودًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَنَجَّيْنَـٰهُم مِّنْ عَذَابٍ غَلِيظٍ
Wa-lammaa jaaaʹa ʹamrunaa naj-jaynaa Hoodañw wallaẓeena ʹaamanoo maʻahoo bi-Raḥmatim minnaa: wa-najjaynaahum min ʻaẓaabin g̣aleez̤̣.
އަދި ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދު އެބަހީ: عذاب އައިހިނދުން هُودُ عليه السّلام އާއި އެކަލޭގެފާނާއިއެކު إيمان ވެގެންތިބިމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި قيامة ދުވަހުގެ ގަދަވެގެންވާ عذاب ން ތިމަންރަސްކަލާނގެ އެމީހުން ސަލާމަތްކުރެއްވީމެވެ.
-
11:59
وَتِلْكَ عَادٌ ۖ جَحَدُوا۟ بِـَٔايَـٰتِ رَبِّهِمْ وَعَصَوْا۟ رُسُلَهُۥ وَٱتَّبَعُوٓا۟ أَمْرَ كُلِّ جَبَّارٍ عَنِيدٍ
Wa-tilka ʻAaduñ jaḥadoo biʹAayaati Rabbihim wa-ʻaṣaw Rusulahoo wattabaʻooo ʹamra kulli jabbaarin ʻaneed.
އަދި އެއީ އެބަހީ: މި بيان ވެގެން އެދިޔައީ عاد ބާގައިގެމީހުންގެ ވާހަކައެވެ. އެމީހުން އެމީހުންގެ ربّ ގެ އާޔަތްތަކަށް ދެކޮޅުހެދީއެވެ. އަދި އެކަލާނގެ ފޮނުއްވި رسول ބޭކަލުންނަށް އުރެދުނީއެވެ. އަދި حقّ މަގާއި ދުރުވެގެންވާ ބޮޑާ ކޮންމެ މީހެއްގެ أمر އާއި އެމީހުން تبع ވީއެވެ.
-
11:60
وَأُتْبِعُوا۟ فِى هَـٰذِهِ ٱلدُّنْيَا لَعْنَةً وَيَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ عَادًا كَفَرُوا۟ رَبَّهُمْ ۗ أَلَا بُعْدًا لِّعَادٍ قَوْمِ هُودٍ
Wa-ʹutbiʻoo fee haaẓihid dunyaa laʻnatañw wa-Yawmal Q̣iyaamah. ʹAlaaa ʹinna ʻAadañ kafaroo Rabbahum! ʹAlaa buʻdal liʻAadiñ Q̣awmi Hood!
އެމީހުންނަށް މިދުނިޔޭގައިވެސް އަދި قيامة ދުވަހުންވެސް لعنة، تبع ވެވިގެންވިއެވެ. އެބަހީ: ﷲ ގެ ކޯފާ تبع ވެވިގެންވެއެވެ. ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން عاد ބާގައިގެމީހުން އެމީހުންގެ ربّ އަށް ކާފަރުވީއެވެ. ދަންނާށެވެ! عاد ބާގައިގެމީހުން (ހެޔޮކަމާއި ﷲ ގެ رحمة އާއި) ދުރުވެގެންވެއެވެ. އެއީ هُودُ عليه السّلام ގެ قوم ގެ މީހުންނެވެ.
-
11:61
۞ وَإِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا ۚ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ هُوَ أَنشَأَكُم مِّنَ ٱلْأَرْضِ وَٱسْتَعْمَرَكُمْ فِيهَا فَٱسْتَغْفِرُوهُ ثُمَّ تُوبُوٓا۟ إِلَيْهِ ۚ إِنَّ رَبِّى قَرِيبٌ مُّجِيبٌ
Wa-ʹilaa S̤amooda ʹakhaahum Ṣaaliḥaa. Q̣aala yaa-q̣awmiʻ budul laaha maa- min lakum ʹilahin g̣ayruh. Huwa ʹañshaʹakum minal ʹarḍi wastaʻmarakum feehaa fastag̣firoohu s̤umma toobooo ʹilayh: ʹinna Rabbee Q̣areebum Mujeeb.
އަދި ثمود ބާގައިގެމީހުންގެ ގާތަށް رسول ކަމާއިގެން އެމީހުންގެ أخ صالح (عليه السّلام) ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި (حقّ) އެހެން އެއްވެސް إله އެއް ކަލޭމެންނަކަށް ނުވެއެވެ. އެކަލާނގެއީ ބިމުން ކަލޭމެން ހައްދަވަން ފެއްޓެވި ކަލާނގެއެވެ. (އެބަހީ: ކަލޭމެންގެ ބަފައިކަލުން ކަމުގައިވާ آدم عليه عليه السّلام ހެއްދެވީ ބިމުގެ ވެލިންނެވެ.) އަދި އެކަލާނގެ ކަލޭމެން އެބިމުގައި ވަޒަންވެރިކުރުވިއެވެ. ފަހެ ކަލޭމެން އެކަލާނގެ حضرة ގައި ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ! ދެން އެކަލާނގެއަށް ކަލޭމެން رجوع ވެ توبة ވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ ކުއްތަންވެވޮޑިގެންވާ އަދި دعاء އިޖާބަކުރައްވާ ކަލާނގެއެވެ.
-
11:62
قَالُوا۟ يَـٰصَـٰلِحُ قَدْ كُنتَ فِينَا مَرْجُوًّا قَبْلَ هَـٰذَآ ۖ أَتَنْهَىٰنَآ أَن نَّعْبُدَ مَا يَعْبُدُ ءَابَآؤُنَا وَإِنَّنَا لَفِى شَكٍّ مِّمَّا تَدْعُونَآ إِلَيْهِ مُرِيبٍ
Q̣aaloo yaa-Ṣaaliḥu q̣ad kuñta feenaa marjuwwañ q̣abla haaẓaaa ʹatanhaanaaa ʹan naʻbuda maa- yaʻbudu ʹaabaaaʹunaa wa-ʹinnanaa lafee shakkim mimmaa tadʻoonaaa ʹilayhi mureeb.
އެމީހުން ދެންނެވިއެވެ. އޭ صالح ގެފާނެވެ! ހަމަކަށަވަރުން ކަލޭގެފާނުވީ މީގެކުރީގައި އަހުރެމެންގެ ތެރޭގައި އެދެވިގެންވާ مقبول މީހަކުކަމުގައެވެ. މިހާރު އަހުރެމެންގެ ކާބަފައިން އެއެއްޗަކަށް އަޅުކަންކުރި އެއްޗެއްސަށް އަހުރެމެން އަޅުކަންކުރުން މަނާކުރައްވަނީތޯއެވެ؟ ހަމަކަށަވަރުން އެކަމަކަށް ކަލޭގެފާނު އަހުރެމެންނަށް ތިޔަގޮވާލައްވާ ކަންތަކާމެދު އަހުރެމެން މިވަނީ ކަނޑައެޅިގެން ޝައްކެއްގައެވެ. ޝައްކުކުރާ ބަޔަކު ކަމުގައި ވެގެންނެވެ.
-
11:63
قَالَ يَـٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَءَاتَىٰنِى مِنْهُ رَحْمَةً فَمَن يَنصُرُنِى مِنَ ٱللَّهِ إِنْ عَصَيْتُهُۥ ۖ فَمَا تَزِيدُونَنِى غَيْرَ تَخْسِيرٍ
Q̣aala yaa-q̣awmi ʹaraʹaytum ʹiñ kuñtu ʻalaa Bayyinatim mir Rabbee wa-ʹaataanee minhu Raḥmatañ famañy yañṣurunee minal laahi ʹin ʻaṣaytuh? Famaa tazeedunanee g̣ayra takhseeer?
އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން خبر ދީބަލާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން ކަނޑައެޅި بيان ވެގެންވާ دليل އެއްގެމަތީގައިވެފައި އަދި އެކަލާނގެ حضرة ން ތިމަންކަލޭގެފާނަށް رحمة އެއް އަތުވެއްޖެއްޔާ (އެބަހީ: نبي ކަމާއި حكمة އާއި إسلام ދީން އައުމަށްފަހު) ދެން ތިމަންކަލޭގެފާނު އެކަލާނގެއަށް އުރެދިއްޖެއްޔާ ﷲ ގެ حضرة ން ތިމަންކަލޭގެފާނަށް نصر ދޭނީ ކާކުހެއްޔެވެ؟ (އެބަހީ: އެކަލާނގެ ތިމަންކަލޭގެފާނަށް عقوبة އެއް ފޮނުއްވައިފިއްޔާ އެކަން دفاع ކޮށް نصر ދޭނީ ކާކުހެއްޔެވެ؟) އެހެންވެއްޖެއްޔާ ގެއްލުމާ ހަލާކުމެނުވީ ކަލޭމެން ތިމަންކަލޭގެފާނަށް އިތުރު ނުކޮށްދެއެވެ.
-
11:64
وَيَـٰقَوْمِ هَـٰذِهِۦ نَاقَةُ ٱللَّهِ لَكُمْ ءَايَةً فَذَرُوهَا تَأْكُلْ فِىٓ أَرْضِ ٱللَّهِ وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابٌ قَرِيبٌ
Wa-yaaq̣awmi haaẓihee naaq̣atul laahi lakum ʹaayatañ faẓaroohaa taʹkul feee ʹarḍil laahi wa-laa tamassoohaa bisoooʹiñ fayaʹkhuẓakum ʻAẓaabuñ q̣areeb!
އަދި އޭ ތިމަންކަލޭގެފާނު قوم އެވެ! (ތިމަންކަލޭގެފާނު މިދައްކަވާ ވާހަކަ ތެދުކަމުގެމައްޗަށް) ކަލޭމެނަށްވާ حجّة އެއްކަމުގައި މިއޮތީ ﷲ ގެ ޖަމަލުފުޅެވެ. ފަހެ ބިމުން ކައިބޮއި ހަދަން ކަލޭމެން އޭތި ދޫކޮށްލާށެވެ! އަދި އެއަށް އެއްވެސް ނުބައިކަމެއް ނުކުރާށެވެ! ކަލޭމެން އެއަށް ގޯނާއެއް ނުކުރާށެވެ! އެހެންވެއްޖެކަމަށްވަންޏާ ކަލޭމެނަށް ދާދިގާތުން عذاب އަތުވެދާނެއެވެ.
-
11:65
فَعَقَرُوهَا فَقَالَ تَمَتَّعُوا۟ فِى دَارِكُمْ ثَلَـٰثَةَ أَيَّامٍ ۖ ذَٰلِكَ وَعْدٌ غَيْرُ مَكْذُوبٍ
Faʻaq̣aroohaa faq̣aala tamattaʻoo fee daarikum s̤alaas̤ata ʹay-yaam: ẓaalika waʻdun g̣ayru makẓoob!
ފަހެ އެމީހުން އޭގެ މޮއްގަނޑުކަނޑައި އޭތި މަރައިފިއެވެ. ދެންފަހެ އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. ކަލޭމެން، ކަލޭމެން ގޯތިތަކުގައި ތިންދުވަސްވާންދެން އަރާމުކޮށް މަޖާނަގާށެވެ! (ދެން އޭގެފަހުގައި ކަލޭމެންގެމައްޗަށް عذاب އަތުވެދާނެއެވެ.) އެއީ ދޮގުވެވިގެން ނުވާ وعد އެކެވެ.
-
11:66
فَلَمَّا جَآءَ أَمْرُنَا نَجَّيْنَا صَـٰلِحًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَمِنْ خِزْىِ يَوْمِئِذٍ ۗ إِنَّ رَبَّكَ هُوَ ٱلْقَوِىُّ ٱلْعَزِيزُ
Falammaa jaaaʹa ʹAmrunaa najjaynaa Ṣaaliḥañw wal-laẓeena ʹaamanoo maʻahoo bi-Raḥmatim minnaa wa-min khizyi Yawmiʹiẓ. ʹInna Rabbaka Huwal Q̣awiyyul ʻAzeez.
ދެންފަހެ ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދުން (އެބަހީ: އެ قوم ގެމީހުންނަށް عذاب އައިހިނދުން) ތިމަންރަސްކަލާނގެ صالح (عليه السّلام) ސަލާމަތްކުރެއްވީމެވެ. އަދި އެކަލޭގެފާނުންގެ އަރިހުގައި إيمان ވެގެންތިބި މީހުންވެސް ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެކެވެ. އަދި އެދުވަހުގެ އެނިކަމެތިކަމާއި ދެރަކަމުން ތިމަންރަސްކަލާނގެ އެމީހުން ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ (ދަންނައެވެ!) އެކަލާނގެއީ ގަދަފަދަވަންތަ عزّة ވަންތަ ކަލާނގެއެވެ.
-
11:67
وَأَخَذَ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَـٰرِهِمْ جَـٰثِمِينَ
Wa-ʹakhaẓal laẓeena z̤̣alamuṣ Ṣayḥatu faʹaṣbaḥoo fee diyaarihim jaas̤imeen.
އަދި ގަދައަޑުފަށްގަނޑެއް އައިސް އެމީހުން ހަލާކުވީއެވެ. (އެބަހީ: އެމީހުންނަށް އައި ގަދައަޑުފަށުގެ ސަބަބުން އެމީހުން މަރުވެއްޖެއެވެ.) އެމީހުންގެ ގޯތިތަކުގައި މަރުވެގެން ބިމަށްވެރިފައިވާ حال އެމީހުން ފަތިސްކޮށްފިއެވެ. އެމީހުން މަރުވެދިޔައީއެވެ.
-
11:68
كَأَن لَّمْ يَغْنَوْا۟ فِيهَآ ۗ أَلَآ إِنَّ ثَمُودَا۟ كَفَرُوا۟ رَبَّهُمْ ۗ أَلَا بُعْدًا لِّثَمُودَ
Kaʹal lam yag̣naw feehaa. ʹAlaaa ʹinna S̤amooda kafaroo Rabbahum! ʹAlaa buʻdal li-S̤amood.
އެމީހުން ކޮންފަދަހެއްޔެވެ؟ އެމީހުން އެތާ ދިރިނުއުޅޭފަދައެވެ. ދަންނާށެވެ! ހަމަކަށަވަރުން ثمود ބާގައިގެމީހުން އެމީހުންގެ ربّ އަށް ކާފަރުވީއެވެ. ދަންނާށެވެ! ثمود ބާގައިގެމީހުންނަށް (ﷲ ގެ رحمة) ދުރުވެގެންވެއެވެ.
-
11:69
وَلَقَدْ جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوا۟ سَلَـٰمًا ۖ قَالَ سَلَـٰمٌ ۖ فَمَا لَبِثَ أَن جَآءَ بِعِجْلٍ حَنِيذٍ
Wa-laq̣ad jaaaʹat Rusulunaaa ʹIbraaheema bilbushraa q̣aaloo Salaamaa! Q̣aala Salaamuñ famaa labis̤a ʹañ jaaaʻa ḥaneeẓ. biʻijlin
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮނުއްވި رسول ން އެބަހީ: ملائكة ބޭކަލުން - إبراهيم عليه السّلام ގެ އަރިހަށް އުފާވެރި خبر އާއިގެން ވަޑައިގެންފިއެވެ. އަދި އެބޭކަލުން ކަނޑައެޅިގެންވާ سلام އަކުން ސަލާމް ކުރެއްވިއެވެ. އަދި އެކަލޭގެފާނު އެބޭކަލުންނަށް ސަލާމްކުރެއްވިއެވެ. ދެންފަހެ ލަސްވެވަޑައިނުގަންނަވައި ފިހެފައިވާ ޅަގެރިޔަކާއިގެން إبراهيم (عليه السّلام) ވަޑައިގެންފިއެވެ. (އެކަލޭގެފާނު ހީފުޅުކުރެއްވީ އިންސާނުންގެ ތެރެއިންވާ مهمان ންކަމަށެވެ. އެހެންވެ مهمان ންނަށް ފަރީކޮޅެއް ގެންނެވީއެވެ.)
-
11:70
فَلَمَّا رَءَآ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا۟ لَا تَخَفْ إِنَّآ أُرْسِلْنَآ إِلَىٰ قَوْمِ لُوطٍ
Falammaa raʹaaa ʹaydiyahum laa- taṣilu ʹilayhi nakirahum wa-ʹawjasa minhum kheefah. Q̣aaloo laa- takhaf ʹinnaaa ʹursilnaaa ʹilaa Q̣awmi Looṭ.
ދެންފަހެ (ފަރީކުޅުއްވާން ދެންނެވުމުން) އެބޭކަލުންގެ އަތްޕުޅު އެފަރީކޮޅާދިމާއަށް واصل ނުވީތީ (އެބަހީ: އެބޭކަލުން ފަރީނުކުޅުއްވީމާ) އެބޭކަލުންނާއިމެދު ރުހިވަޑައި ނުގަންނަވާކަހަލަ ގޮތެއްވެ އެބޭކަލުންގެ ފަރާތުން އެކަލޭގެފާނަށް ބިރުފުޅުގެން ވަޑައިގަތުމެއް إحساس ވެވަޑައިގެންފިއެވެ. (އެހެނީ އަންނަ مهمان އަކަށް ކާބޯއެއްޗެއް ތައްޔާރު ކުރުމުން مهمان އެއިން ނުކައިފިނަމަ ބެލެވެނީ އެ مهمان އެއައީ ކޮންމެވެސް ނުބައެއް قصد ކޮށްގެންނެވެ. އެއިން ކައިބޮއިހަދައިފިނަމަ ބެލެވެނީ އޭނާގެ ކިބައިގައި ނުބައެއް ނެތްކަމަށެވެ.) ދެންފަހެ އެ ملائكة ބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ! ތިމަންބޭކަލުން ފޮނުއްވިގެންވަނީ لوط قوم އަށެވެ. (އެ قوم ހަލާކު ކުރެއްވުމަށެވެ.)
-
11:71
وَٱمْرَأَتُهُۥ قَآئِمَةٌ فَضَحِكَتْ فَبَشَّرْنَـٰهَا بِإِسْحَـٰقَ وَمِن وَرَآءِ إِسْحَـٰقَ يَعْقُوبَ
Wamraʹatuhoo q̣aaaʹimatuñ faḍaḥikat fabashsharnaahaa biʹIsḥaaq̣a wa-miñw waraaaʹi ʹIs-ḥaaq̣a Yaʻq̣oob.
އަދި އެކަލޭގެފާނުންގެ އަނބިކަނބަލުން ކޮޅަށް ހުންނެވިއެވެ. އަދި ހިނިފުޅުވެޑުވިއެވެ. އަދި إسحاق (عليه السّلام) އެކަމަނާއަށް ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ އެކަމަނާއަށް ދެއްވީމެވެ. އަދި إسحاق ގެފަހުން (މާމަދަރިކަލެއްކަމުގައި) يعقوب (عليه السّلام) ލިބިވަޑައިގަންނަވާނެކަމުގައެވެ.
-
11:72
قَالَتْ يَـٰوَيْلَتَىٰٓ ءَأَلِدُ وَأَنَا۠ عَجُوزٌ وَهَـٰذَا بَعْلِى شَيْخًا ۖ إِنَّ هَـٰذَا لَشَىْءٌ عَجِيبٌ
Q̣aalat yaa-waylataaa ʹaʹalidu wa-ʹana ʻajoozuñw Wahaaẓaa baʻlee shaykhaa? ʹInna haaẓaa lashayʹun ʻajeeb!
އެކަމަނާ ވިދާޅުވިއެވެ. އޭހުރި عجائب އެއްގެ ބޮޑުކަމާއެވެ! ތިމަންކަމަނާ މިއިނީ މުސްކުޅިވެ عجوز ވެފައެވެ. ތިމަންކަމަނާ ދެން ވިހާނެހެއްޔެވެ؟ އަދި މިއިންނެވީ ތިމަންކަމަނާގެ ފިރިކަލުންނެވެ. އެއީވެސް މުސްކުޅި ބޭކަލެކެވެ. (ބުނެވެނީ އޭރު އެކަމަނާގެ عمر ފުޅު 99 އަހަރުކަމުގައެވެ. އަދި إبراهيم (عليه السّلام) ގެ عمر ފުޅު 100 އަހަރުކަމުގައެވެ. = تفسير الطبري = ) އެކަމަނާ ވިދާޅުވިއެވެ. ތިޔަކަމަކީ عجائب ކަމެކެވެ.
-
11:73
قَالُوٓا۟ أَتَعْجَبِينَ مِنْ أَمْرِ ٱللَّهِ ۖ رَحْمَتُ ٱللَّهِ وَبَرَكَـٰتُهُۥ عَلَيْكُمْ أَهْلَ ٱلْبَيْتِ ۚ إِنَّهُۥ حَمِيدٌ مَّجِيدٌ
Q̣aalooo ʹataʻjabeena min ʹAmril laahi Raḥmatul laahi wa-Barakaatuhoo ʻalaykum ʹAhlal Bayt! ʹInnahoo Ḥameedum Majeed!
އެބޭކަލުން يعني: މަލާއިކަތްބޭކަލުން ވިދާޅުވިއެވެ. ﷲ ގެ ނިޔާފުޅާމެދު ކަމަނާ عجائب ވެވަޑައިގަންނަވަނީތޯއެވެ؟ އޭ (إبراهيم ގެފާނުގެ) ގޭގެ أهل ވެރިންނޭވެ. އެއީ ތިޔަބޭފުޅު ންގެ މައްޗަށްވާ ﷲ ގެرحمة އާއި އެކަލާނގެ بركاة އެވެ. ހަމަކަށަވަރުން އެކަލާނގެއީ حمد ލިބިވޮޑިގެންވާ އަދި مدح އާއި ثناء އާއި މާތްކަމުގެ ވެރި ކަލާނގެއެވެ.
-
11:74
فَلَمَّا ذَهَبَ عَنْ إِبْرَٰهِيمَ ٱلرَّوْعُ وَجَآءَتْهُ ٱلْبُشْرَىٰ يُجَـٰدِلُنَا فِى قَوْمِ لُوطٍ
Falammaa ẓahaba ʻan ʹIbraaheemar rawʻu wa-jaaaʹat hul-bushraa yujaadilunaa fee Q̣awmi Looṭ.
ދެންފަހެ إبراهيم عليه السّلام ގެ ކިބަފުޅުން ބިރުފުޅު ފިލައިގެންދިޔަހިނދުން އަދި އެކަލޭގެފާނަށް إسحاق (عليه السّلام) ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ލިބިވަޑައިގަތުމަށްފަހު ދެން އެކަލޭގެފާނު لوط عليه السّلام ގެ قوم ގެ دفاع ގައި އެބޭކަލުންނާ ވާހަކަފުޅުދައްކަވައި جدل ކުރެއްވިއެވެ.
-
11:75
إِنَّ إِبْرَٰهِيمَ لَحَلِيمٌ أَوَّٰهٌ مُّنِيبٌ
ʹInna ʹIbraaheema laḥaleemun ʹawwaahum muneeb.
ހަމަކަށަވަރުން إبراهيم عليه السّلام އަކީ ކޯފާމަޑު ﷲ އަށް ކިޔަމަންތެރި އަދި ﷲ އަށް توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.
-
11:76
يَـٰٓإِبْرَٰهِيمُ أَعْرِضْ عَنْ هَـٰذَآ ۖ إِنَّهُۥ قَدْ جَآءَ أَمْرُ رَبِّكَ ۖ وَإِنَّهُمْ ءَاتِيهِمْ عَذَابٌ غَيْرُ مَرْدُودٍ
YaaaʹIbraaheemu ʹaʻriḍ ʻan haaẓaa. ʹInnahoo q̣ad jaaaʹa ʹamru Rabbik: wa-ʹinnahum ʹaateehim ʻaẓaabun g̣ayru mardood!
(މަލާއިކަތްބޭކަލުން ވިދާޅުވިއެވެ.) އޭ إبراهيم (عليه السّلام) އެވެ. ކަލޭގެފާނު މިކަންތަކުން ދުރުވެވަޑައި ގަންނަވާށެވެ! (އެބަހީ: لُوْطُ قَوم دِفاَعُ ކުރެއްވުމަށް ނުއުޅުއްވާށެވެ!) ހަމަކަށަވަރުން ކަލޭގެފާނުން ربّ ގެ أمر ފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން دفاع ނުކުރެވޭނޭ عذاب އެއް އެމީހުންނަށް އަންނަހުއްޓެވެ.
-
11:77
وَلَمَّا جَآءَتْ رُسُلُنَا لُوطًا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَـٰذَا يَوْمٌ عَصِيبٌ
Wa-lammaa jaaaʹat Rusulunaa Looṭañ seeeʹa bihim wa-ḍaaq̣a bihim ẓarʻañw waq̣aala haaẓaa yawmun ʻaṣeeb.
އަދި ތިމަންރަސްކަލާނގެ ފޮނުއްވި މަލާއިކަތްބޭކަލުން لُوط (عليه السّلام) ގެ އަރިހަށް ވަޑައިގެންނެވިހިނދުން އެބޭކަލުންނާމެދު އެކަލޭގެފާނު (މޫޑު) ނުބައިވެއްޖެއެވެ. އަދި އެބޭކަލުންނާމެދު ހިތާމަފުޅުން އެކަލޭގެފާނުންގެ ހިތްޕުޅު ދަތިވެއްޖެއެވެ. (އެބޭކަލުން ރީތި ފިރިހެނުންގެ ސިފައިގައި ތިއްބެވުމާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންގެ ކިބައިގައިވާ ފިރިހެނުންނާއެޅުމުގެ ވަބާގެ ސަބަބުންނެވެ. އަދި އެއީ މަލާއިކަތްބޭކަލުންކަން އަދި އޭރު އެނގިވަޑައިނުގަންނަވައެވެ.) އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދަކީ އުދަނގުލާ مصيبة ބޮޑުދުވަހެކެވެ. ނުބައިކަންބޮޑު ދުވަހެކެވެ.
-
11:78
وَجَآءَهُۥ قَوْمُهُۥ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا۟ يَعْمَلُونَ ٱلسَّيِّـَٔاتِ ۚ قَالَ يَـٰقَوْمِ هَـٰٓؤُلَآءِ بَنَاتِى هُنَّ أَطْهَرُ لَكُمْ ۖ فَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ فِى ضَيْفِىٓ ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ
Wa-jaaaʹahoo q̣awmuhoo yuhraʻoona ʹilayh. Wa-miñ q̣ablu kaanoo yaʻmaloonas sayyiʹaat. Q̣aala yaa-q̣awmi haaaʹulaaaʹi banaatee hunna ʹaṭharu lakum fattaq̣ul laaha wa-laa tukhzooni fee ḍayfee! ʹAlaysa miñkum rajulur rasheed?
އަދި އެކަލޭގެފާނުންގެ قوم ގެ މީހުން ހަރުގަންނަވާފައި އެކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ. (އެއީ އެކަލޭގެފާނުންގެ އަރިހުގައިތިބި މެހްމާނުންނަކީ ރީތި ފިރިހެނުންތަކެއްކަމަށް ހީކޮށެވެ.) އަދި މިއަދުގެ ކުރިންވެސް އެމީހުންވީ އެނުލަފާކަންތައް يعني: لِوَاطُ ކުރުން ހިންގާބަޔަކު ކަމުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! މިތިބީ ތިމަންގެ އަންހެން ދަރިންނެވެ. އެކުދިން ކަލޭމެންނަށް މާ طاهر ވާނެއެވެ. (قواعد ން އެކުދިންގެ ބޭނުންކުރާށެވެ!) ފަހެ ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނުންގެ މެހުމާނުންނާއިމެދު ތިމަންކަލޭގެފާނު ދެރަކޮށް ނިކަމެތި ނުކޮށްލާށެވެ! ފަހެ ކަލޭމެންގެތެރޭގައި حقّ ދަންނަ ރަނގަޅަށް ތެދުމަގުގައިވާ އެކަކުވެސް ނެތީހެއްޔެވެ؟
-
11:79
قَالُوا۟ لَقَدْ عَلِمْتَ مَا لَنَا فِى بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ
Q̣aaloo laq̣ad ʻalimta maa- lanaa fee banaatika min ḥaq̣q̣: wa-ʹinnaka lataʻlamu maa- nureed!
އެމީހުން ދެންނެވިއެވެ. ކަލޭގެފާނުންގެ އަންހެންދަރިންނާމެދު އަހުރެމެންނަކަށް އެއްވެސް حقّ އެއް ނުވެއެވެ. އަދި ހަމަކަށަވަރުން އަހުރެމެން މިއެދޭ އެއްޗެއް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. (އަހުރެމެން އެދެނީ ފިރިހެނުންނެވެ.)
-
11:80
قَالَ لَوْ أَنَّ لِى بِكُمْ قُوَّةً أَوْ ءَاوِىٓ إِلَىٰ رُكْنٍ شَدِيدٍ
Q̣aala law ʹanna lee bikum q̣uwwatan ʹaw aaweee ʹilaa rukniñ shadeed.
އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެމައްޗަށް ތިމަންކަލޭގެފާނަށް ބާރެއްދޭނޭ ބަޔަކުވާނޭނަމައެވެ. ނުވަތަ އެފަރާތަކުން ބާރުލިބިގަންނަން ދާނޭ ގާތްތިމާގެ ބަޔަކު ތިމަންކަލޭގެފާނަށް ވާނޭނަމައެވެ.
-
11:81
قَالُوا۟ يَـٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓا۟ إِلَيْكَ ۖ فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلَّيْلِ وَلَا يَلْتَفِتْ مِنكُمْ أَحَدٌ إِلَّا ٱمْرَأَتَكَ ۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمْ ۚ إِنَّ مَوْعِدَهُمُ ٱلصُّبْحُ ۚ أَلَيْسَ ٱلصُّبْحُ بِقَرِيبٍ
Q̣aaloo Yaa-Looṭu ʹinnaa Rusulu Rabbika lañy yaṣilooo ʹilayk: faʹasri biʹahlika biq̣iṭʻim minal layli wa-laa yaltafit miñkum ʹaḥadun ʹillam raʹatak: ʹinnahoo muṣeebuhaa maaa ʹaṣaabahum. ʹInna mawʻidahumuṣ ṣubḥ. ʹAlaysaṣ ṣubḥu biq̣areeb?
އެބޭކަލުން يعني: މަލާއިކަތްބޭކަލުން ވިދާޅުވިއެވެ. އޭ لوط (عليه السّلام) އެވެ! ތިމަންބޭކަލުންނީ ކަލޭގެފާނުންގެ ربّ ފޮނުއްވާފައިވާ (މަލާއިކަތް) ބޭކަލުންނީމުއެވެ. އެމީހުންނަށް ކަލޭގެފާނާ ހަމައަކަށް ނުފޯރާނެއެވެ. އެބަހީ: ކަލޭގެފާނަށް އުނދަގޫ ނުކުރެވޭނެއެވެ. ފަހެ ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންނާއިގެން ރޭގަނޑުގެ ވަގުތެއްގައި ހިންގަވާފައި (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ! އަދި ތިޔައިން އެކަކުވެސް އެނބުރި ފަހަތް ނުބަލާށެވެ! ކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. ހަމަކަށަވަރުން އެމީހުންނަށް އެޖެހޭ عذاب އެއް އެކަމަނާއަށްވެސް ޖެހޭނެއެވެ. އެމީހުން ހަލާކުކުރެއްވުމަށް ކަނޑައެޅިގެންވާ ވަގުތަކީ ފަތިހެވެ. ފަތިސްގާތްކަމުގައި ނުވޭތޯއެވެ؟
-
11:82
فَلَمَّا جَآءَ أَمْرُنَا جَعَلْنَا عَـٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ
Falammaa jaaaʹa ʹamrunaa jaʻalnaa ʻaaliyahaa saafilahaa wa-ʹamṭarnaa ʻalayhaa ḥijaaratam miñ sijjeelim mañḍood,―
ދެން ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދުން އެބަހީ: އެމީހުންނަށް عذاب އައުމަށް ކަނޑައެޅިގެންވާ ވަގުތު އައުމުން ތިމަންރަސްކަލާނގެ އެރަށުގެ މަތީފުށް ދަށަށް ލެއްވީމެވެ. (ބަންޑުން ޖެއްސެވީމެވެ.) އަދި އެއްވަނަ އުޑުން ވެއްސެވި ހޫނުހިލަ ވާރޭ އެރަށުގެ މައްޗަށް ވެއްސެވީމެވެ. އެއްހިލަކޮޅަށްފަހު އަނެއްހިލަކޮޅެއް ވެއްޓޭގޮތަށެވެ. މަތިމައްޗަށްވެހޭ ގޮތަށެވެ.
-
11:83
مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِىَ مِنَ ٱلظَّـٰلِمِينَ بِبَعِيدٍ
Musawwamatan ʻiñda Rabbik: wa-maa hiya minaz̤̣ z̤̣aalimeena bibaʻeed!
(އެހިލަކޮޅުތައްވަނީ) ކަލޭގެފާނުންގެ ربّ ގެ حضرة ގައި ފާހަގަލެވި ސިއްކަޖެހިގެންނެވެ. (އެއިން ކޮންމެ ހިލަޔަކުން ޖެހެވެންވީ މީހަކު ފާހަގަކުރެވިގެންނެވެ.) އަދި އެރަށް މިމުޝްރިކުންނާއި (އެބަހީ: مكّة ގެ أهل ވެރިންނާއި) ދުރުވެގެންވާ ރަށެއްކަމުގައި ނުވެއެވެ.
-
11:84
۞ وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۚ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ وَلَا تَنقُصُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ ۚ إِنِّىٓ أَرَىٰكُم بِخَيْرٍ وَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ مُّحِيطٍ
Wa-ʹilaa Madyana ʹakhaahum Shuʻaybaa: q̣aala yaa-q̣awmiʻ budul laaha maa- lakum min ʹilaahin g̣ayruh. Wa-laa tañq̣uṣul mikyaala walmeezaana ʹinneee ʹaraakum̃ bikhayriñw waʹinneee ʹakhaafu ʻalaykum ʻaẓaaba Yawmim Muḥeeṭ.
އަދި مدين ގެ أهل ވެރިންގެގާތަށް އެމީހުންގެ أخ شعيب (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ނޫން (حقّ) އެހެންއެއްވެސް إله އެއް ކަލޭމެނަކަށް ނުވެއެވެ. ކަލޭމެން މިނެކިރުން އުނި ނުކުރާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވާގޮތުގައި ކަލޭމެންވަނީ ހަމަ ހެވެއްގައެވެ. އެބަހީ: ތަނަވަސްކަމާއި މުއްސަނދިކަމުގައެވެ. އަދި ކަލޭމެންގެމައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަނީ عذاب ވަށައިލެވިގެންވާ ދުވަހެއްގެ عذاب އަށެވެ.
-
11:85
وَيَـٰقَوْمِ أَوْفُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ بِٱلْقِسْطِ ۖ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ
Wayaaq̣awmi ʹawful mikyaala walmeezaana bilq̣isṭi wa-laa tabkhasun naasa ʹashyaaaʹahum wa-laa taʻs̤aw fil ʹarḍi mufsideen.
އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން މިނެކިރުން ހަމަހަމަކޮށް عدل إنصاف ކުރާށެވެ. އަދި (މިނެކިރާފައި) މީހުންނަށްދޭ އެމީހުންގެ ތަކެތި މަދުނުކުރާށެވެ! އަދި ބިމުގައި ފަސާދަކުރާ حال ބިމުގައި އުރެދެމުން ނުހިނގާށެވެ!
-
11:86
بَقِيَّتُ ٱللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍ
Baq̣eeyatul laahi khayrul lakum ʹiñ kuñtum Muʹmineen! Wa-maaa ʹana ʻalaykum̃ bi-Ḥafeez̤̣!
ﷲ ކަލޭމެނަށް ބާކީކޮށްދެއްވި އެއްޗަށް (އެބަހީ: މީހުންގެ حقّ މަދުނުކޮށް ދިނީމާ ދެންހުރި އެއްޗެއް) ކަލޭމެނަށް ހެޔޮވެގެންވެއެވެ. ކަލޭމެނަކީ مؤمن ންކަމުގައިވަންޏާ އެގޮތް މާރަނގަޅެވެ. އަދި ކަލޭމެންގެމައްޗަށް ފާރަލާ މީހަކުކަމުގައި ތިމަންކަލޭގެފާނު ނުވަމުއެވެ.
-
11:87
قَالُوا۟ يَـٰشُعَيْبُ أَصَلَوٰتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ ءَابَآؤُنَآ أَوْ أَن نَّفْعَلَ فِىٓ أَمْوَٰلِنَا مَا نَشَـٰٓؤُا۟ ۖ إِنَّكَ لَأَنتَ ٱلْحَلِيمُ ٱلرَّشِيدُ
Q̣aaloo yaa-Shuʻaybu ʹaṣalaatuka taʹmuruka ʹan natruka maa- yaʻbudu ʹaabaaaʹunaaa ʹaw ʹan nafʻala feee ʹamwaalinaa maa- nashaaaʹ? ʹInnaka laʹañtal ḥaleemur Rasheed!
އެމީހުން ދެންނެވިއެވެ. އޭ شُعَيْبُ އެވެ! އަހުރެމެން އަހުރެމެންގެ ކާބަފައިން އަޅުކަންކުރި ތަކެއްޗަށް އަޅުކަންކުރުން ދޫރުކުމަށާއި އަހުރެމެންގެ މުދަލުގައި އަހުރެމެން ބޭނުންގޮތެއް ހެދުން ދޫކޮށްލުމަށް ކަލޭގެފާނުންގެ ނަމާދު ކަލޭގެފާނަށް أمر ކުރައްވަނީތޯއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ކޯފާ މަޑު އަދި ތެދުމަގުގައިވާ ބޭކަލަކުކަން يقين އެވެ. (މިއީ އެމީހުން އެކަލޭގެފާނަށް މަލާމާތްކުރުމުގެގޮތުން ބުނާ ބުނުމެކެވެ.)
-
11:88
قَالَ يَـٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَرَزَقَنِى مِنْهُ رِزْقًا حَسَنًا ۚ وَمَآ أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَآ أَنْهَىٰكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا ٱلْإِصْلَـٰحَ مَا ٱسْتَطَعْتُ ۚ وَمَا تَوْفِيقِىٓ إِلَّا بِٱللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
Q̣aala yaaq̣awmi ʹaraʹaytum ʹiñ kuñtu ʻalaa Bayyinatim mir Rabbee wa-razaq̣anee minhu rizq̣an ḥasanaa? Wa-maaa ʹureedu ʹan ʹukhaalifakum ʹilaa maaa ʹanhaakum ʻanh. ʹIn ʹureedu ʹillal ʹiṣlaaḥa mas taṭaʻt; wa-maa tawfeeq̣eee ʹillaa billaah. ʻAlayhi tawakkaltu wa-ʹilayhi ʹuneeb.
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ކަލޭމެން ނިކަން ބުނެބަލާށެވެ! ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން ތިމަންކަލޭގެފާނު بيان އާއި حجّة ގެމަތީގައި ވެފައި އަދި އެކަލާނގެ ތިމަންކަލޭގެފާނަށް ރަނގަޅު ރިޒުގުދެއްވިކަމުގައިވަންޏާވެސް (ކަލޭމެން ބުނާނީ ތިޔަހެންހެއްޔެވެ؟) އަދި ތިމަންކަލޭގެފާނު އެކަންކަމުން ކަލޭމެނަށް މަނާކޮށް ނަހީކުރެއްވި ކަންތަކާއި ތިމަންކަލޭގެފާނު ކަލޭމެންނާއި خلاف ނުވާނަމެވެ. خلاف ވާކަށް ނޭދެމެވެ. ކަލޭމެން إصلاح ކުރުމަށްމެނުވީ ތިމަންކަލޭގެފާނުން އެދިވަޑައި ނުގަންނަވަމުއެވެ. އެއީ ތިމަންކަލޭގެފާނަށް ކުޅަދާނަވީހާ ވަރަކަށެވެ. އަދި ތިމަންކަލޭގެފާނަށް توفيق ލިބުން ހަމަ ﷲ ގެ حضرة ންމެނުވީ ނުވެއެވެ. ތިމަންކަލޭގެފާނު وكيل ކުރަނީ ހަމަ ﷲ އަށެވެ. އަދި ތިމަންކަލޭގެފާނު رجوع ވެ توبة ވަނީ ހަމައެކަލާނގެ حضرة އަށެވެ.
-
11:89
وَيَـٰقَوْمِ لَا يَجْرِمَنَّكُمْ شِقَاقِىٓ أَن يُصِيبَكُم مِّثْلُ مَآ أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَـٰلِحٍ ۚ وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ
Wa-yaaq̣awmi laa- yajrimannakum shiq̣aaq̣eee ʹañy yuṣeebakum mis̤lu maaa ʹaṣaaba q̣awma Nooḥin ʹaw q̣awma Hoodin ʹaw q̣awma Ṣaaliḥ: wa-maa q̣awmu Looṭim miñkum̃ bibaʻeed!
އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ތިމަންކަލޭގެފާނުންގެމައްޗަށް ކަލޭމެންގެ ކިބައިގައިވާ ދެކޮޅުވެރިކަން އެއީ نوح عليه السّلام ގެ قوم އަށް ނުވަތަ هود عليه السّلام ގެ قوم އަށް ނުވަތަ صالح عليه السّلام ގެ قوم އަށް ދިމާވިފަދަ ކަންތައް (އެފަދަ عذاب) ކަލޭމެނަށް ޖެހިދާނޭ ސަބަބަކަށް ކަލޭމެން ނުހަދާށެވެ! އަދި لوط عليه السّلام ގެ قوم (އެބަހީ: އެ قوم ގެ تاريخ) އަދި ކަލޭމެނާ ދުރުވެގެންނުވެއެވެ.
-
11:90
وَٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ ۚ إِنَّ رَبِّى رَحِيمٌ وَدُودٌ
Wastag̣firoo Rabbakum s̤ummaa toobooo ʹilayh: ʹinna Rabbee Raḥeemuñw wadood.
އަދި ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ދެން އެކަލާނގެ حضرة އަށް توبة ވެ رجوع ވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ رحمة ލެއްވުންބޮޑު އަދި توبة ވާ އަޅުންނަށް ނުހަނު ލޯބިވެވޮޑިގަންނަވާ ކަލާނގެއެވެ.
-
11:91
قَالُوا۟ يَـٰشُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفًا ۖ وَلَوْلَا رَهْطُكَ لَرَجَمْنَـٰكَ ۖ وَمَآ أَنتَ عَلَيْنَا بِعَزِيزٍ
Q̣aaloo yaa-Shuʻaybu maa- nafq̣ahu kas̤eeram mimmaa taq̣oolu wa-ʹinnaa lanaraaka feenaa ḍaʻeefaa! Wa-lawlaa rahṭuka larajamnaak! Wa-maaa ʹañta ʻalaynaa biʻazeez!
އެމީހުން ދެންނެވިއެވެ. އޭ شُعَيْبُ އެވެ! ކަލޭގެފާނު ވިދާޅުވާ ގިނަތަކެތި އަހުރެމެންނަށް ނުވިސްނެއެވެ. (އޭގެ حقيقة އެއް ނޭނގެއެވެ.) އަދި އަހުރެމެން ދެކެނީ ކަލޭގެފާނަކީ އަހުރެމެންގެތެރޭގައި ضعيف ބޭކަލަކު ކަމުގައެވެ. ދެރަނިކަމެތި މީހަކުކަމުގައެވެ. އަދި ކަލޭގެފާނުންގެ جماعة ނުވާނަމަ (ނުވަތަ ގާތްތިމާގެމީހުން ނުވާނަމަ) އަހުރެމެން ކަލޭގެފާނު رَجَم ކޮށްފީމުހެވެ. ގަލުން ތަޅާމަރައިފީމުހެވެ. އަދި ކަލޭގެފާނީ އަހުރެމެންނަށް عزّة ތެރި ބޭކަލަކުކަމުގައި ނުވެއެވެ. ބާރުހުރި ބޭކަލަކު ކަމުގައި ނުވެއެވެ.
-
11:92
قَالَ يَـٰقَوْمِ أَرَهْطِىٓ أَعَزُّ عَلَيْكُم مِّنَ ٱللَّهِ وَٱتَّخَذْتُمُوهُ وَرَآءَكُمْ ظِهْرِيًّا ۖ إِنَّ رَبِّى بِمَا تَعْمَلُونَ مُحِيطٌ
Q̣aala yaa-q̣awmi ʹarahṭeee ʹaʻazzu ʻalaykum minal laah? Wattakhaẓtumoohu waraaaʹakum z̤̣ihriyyaa. ʹInna Rabbee bimaa taʻmaloona Muḥeeṭ!
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ތިމަންކަލޭގެފާނުންގެ ގާތްމީހުން (ނުވަތަ جماعة) ކަލޭމެންގެގާތުގައި ﷲ އަށްވުރެ عزّة ތެރިވެފައި ބާރުގަދައީހެއްޔެވެ؟ އަދި އެކަލާނގެ ކަލޭމެންގެ ފުރަގަހަށްލީހެއްޔެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ކަލޭމެން ކުރާހާކަމެއްގެ ވަށައިގެންވެއެވެ. އެބަހީ: އެކަލާނގެ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ.
-
11:93
وَيَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَـٰمِلٌ ۖ سَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَمَنْ هُوَ كَـٰذِبٌ ۖ وَٱرْتَقِبُوٓا۟ إِنِّى مَعَكُمْ رَقِيبٌ
Wa-yaaq̣awmiʻ maloo ʻalaa makaanatikum ʹinnee ʻaamil: sawfa taʻlamoona mañy yaʹteehi ʻaẓaabuñy yukhzeehi wa-man huwa kaaẓib! Wartaq̣ibooo ʹinnee maʻakum raq̣eeb.
އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ކަލޭމެނަށް ކުރެވޭކަމެއް ކަލޭމެންގެ ގޮތުގައި ތިބެގެން ކުރާށެވެ! އަދި ތިމަންކަލޭގެފާނުވެސް عمل ކުރާހުރީމެވެ. ފަހެ އެމީހަކަށް އެމީހަކު ދެރަކޮށް ނިކަމެތިކޮށްލާފަދަ عذاب އެއް އަންނަހުރީ އެއީ ކާކަށްކަން ނިކަންހުރެ ކަލޭމެނަށް އެނގިދާނެއެވެ. އަދި ދޮގުވެރިޔަކީ ކާކުކަންވެސް އެނގިދާނެއެވެ. ފަހެ ކަލޭމެން إنتظار ކުރާށެވެ! ތިމަންކަލޭގެފާނަކީވެސް ކަލޭމެނާއެކު إنتظار ކޮށް ބަލާމީހަކީމެވެ.
-
11:94
وَلَمَّا جَآءَ أَمْرُنَا نَجَّيْنَا شُعَيْبًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَـٰرِهِمْ جَـٰثِمِينَ
Wa-lammaa jaaaʹa ʹamrunaa najjaynaa Shuʻaybañw wal-laẓeena ʹaamanoo maʻahoo bi-Raḥmatim minnaa wa-ʹakhaẓatil laẓeena z̤̣alamuṣ Ṣayhatu faʹaṣbaḥoo fee diyaarihim jaas̤imeen,―
އަދި ތިމަންރަސްކަލާނގެ أمر ފުޅުއައިހިނދުން (އެބަހީ: އެ قوم ހަލާކުކުރެއްވުމުގެ ނިޔާފުޅުއައިހިނދުން ތިމަންރަސްކަލާނގެ شعيب عليه السّلام އާއި އަދި އެކަލޭގެފާނުންގެ އަރިހުގައި إيمان ވެގެންވާމީހުން ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ خاصّ رحمة އެކެވެ. އަދި އަނިޔާވެރިވީ މީސްތަކުންނަށް - (مشرك ންނަށް) ގަދަ އަޑުފަށް އައިސްޖެހިއްޖެއެވެ. ދެންފަހެ އެމީހުން އެމީހުންގެ ގޯތިގެދޮރުގައި މަރުވެ ތަންޑާވެގެންވާ ބަޔަކުކަމުގައިވެއްޖެއެވެ.
-
11:95
كَأَن لَّمْ يَغْنَوْا۟ فِيهَآ ۗ أَلَا بُعْدًا لِّمَدْيَنَ كَمَا بَعِدَتْ ثَمُودُ
Kaʹal lam yag̣naw feehaa! ʹAlaa buʻdal li-Madyana kamaa baʻidat S̤amood!
އެމީހުން ކޮންފަދަހެއްޔެވެ؟ އެމީހުން އެރަށުގައި ދިރިނުއުޅޭބަޔަކުފަދައެވެ. ދަންނާށެވެ! ثمود ބާގައިގެ މީހުންނަށް ﷲ ގެ رحمة ދުރުވެގެންވީފަދައިން مَدْيَن ގެ أهل ވެރިންނަށްވެސް ﷲ ގެ رحمة ދުރުވެގެންވެއެވެ.
-
11:96
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَا وَسُلْطَـٰنٍ مُّبِينٍ
Wa-laq̣ad ʹarsalnaa Moosaa biʹAayaatinaa wa-sulṭaanim mubeen.
އަދި موسى عليه السّلام ތިމަންރަސްކަލާނގެ އާޔަތްތަކާއި އަދި (ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމަށް دليل ކުރާ) حجّة ތަކާއި دليل ތަކާއިއެކު ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ.
-
11:97
إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱتَّبَعُوٓا۟ أَمْرَ فِرْعَوْنَ ۖ وَمَآ أَمْرُ فِرْعَوْنَ بِرَشِيدٍ
ʹIlaa firʻawna wa-malaʹihee fattabaʻooo ʹamra Firʻawna, wa-maaa ʹamru Firʻawna bi-Rasheed.
އެއީ فرعون އާއި އޭނާގެ ބޮޑުންގެގާތަށެވެ. ފަހެ އެމީހުން تبع ވީ فرعون ގެ أمر އާއިއެވެ. (فرعون ވަނީ ﷲ އާއި موسى عليه السّلام ދޮގުކޮށްފައެވެ.) އަދި فرعون ގެ ކަންތައް ތެދުމަގާއި ހެޔޮކަމުގެތެރޭގައި ނުވެއެވެ.
-
11:98
يَقْدُمُ قَوْمَهُۥ يَوْمَ ٱلْقِيَـٰمَةِ فَأَوْرَدَهُمُ ٱلنَّارَ ۖ وَبِئْسَ ٱلْوِرْدُ ٱلْمَوْرُودُ
Yaq̣dumu q̣awmahoo Yawmal Q̣iyaamati faʹawradahumun Naar: wa-biʹsal wirdul mawrood!
އޭނާ އެބަހީ: فرعون އޭނާގެ قوم ގެ ކުރީގައި ހުރެ يعني: އިސްމީހަކަށްހުރެ އެމީހުން ނަރަކައަށް ވައްދާނެއެވެ. ފަހެ އޭނާ އެމީހުން އެވައްދާތަން ނުބައިވެގެންވެއެވެ.
-
11:99
وَأُتْبِعُوا۟ فِى هَـٰذِهِۦ لَعْنَةً وَيَوْمَ ٱلْقِيَـٰمَةِ ۚ بِئْسَ ٱلرِّفْدُ ٱلْمَرْفُودُ
Wa-ʹutbiʻoo fee haaẓihee laʻnatañw wa-Yawmal Q̣iyaamah: biʹsar rifdul marfood!
އަދި މިދުނިޔޭގައިވެސް އެމީހުންނަށް لعنة تبع ވެގެންވެއެވެ. އަދި آخرة ގައިވެސް އެމީހުންނަށް لعنة ވެއެވެ. އެއް އެހީއަށްފަހު ވެވުނު އަނެއް އެހީނުބައިވެގެންވެއެވެ. (އެއީ ދުނިޔޭގެ لعنة އަށްފަހު آخرة ގެ لعنة ގެ ވާހަކައެވެ. އެއީ فرعونއެމީހުންނަށް ވެދިން އެހީއެވެ.)
-
11:100
ذَٰلِكَ مِنْ أَنۢبَآءِ ٱلْقُرَىٰ نَقُصُّهُۥ عَلَيْكَ ۖ مِنْهَا قَآئِمٌ وَحَصِيدٌ
Ẓaalika min ʹambaaaʹil q̣uraa naq̣uṣṣuhoo ʻalayka minhaa q̣aaaʹimuñw waḥaṣeed.
(އޭ رسول ﷲ އެވެ!) އިސްވެދިޔަ ވާހަކަތަކަކީ ވޭތިވެދިޔަ އެކިރަށްރަށުގެ خبر ތަކުގެތެރެއިން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދޭ خبر ތަކެވެ. އަދި އެރަށްތަކުގެތެރޭގައި ހަލާކުނުވެ އަދިއަދަށްދާންދެން ހުރި ރަށްރަށްވެއެވެ. އަދި އޭގެތެރޭގައި ހަލާކުވެ ބަރުބާދުވެފައިވާ ރަށްރަށްވެއެވެ.
-
11:101
وَمَا ظَلَمْنَـٰهُمْ وَلَـٰكِن ظَلَمُوٓا۟ أَنفُسَهُمْ ۖ فَمَآ أَغْنَتْ عَنْهُمْ ءَالِهَتُهُمُ ٱلَّتِى يَدْعُونَ مِن دُونِ ٱللَّهِ مِن شَىْءٍ لَّمَّا جَآءَ أَمْرُ رَبِّكَ ۖ وَمَا زَادُوهُمْ غَيْرَ تَتْبِيبٍ
Wa-maa z̤̣alamnaahum wa-laakiñ z̤̣alamooo ʹañfusahum famaaa ʹag̣nat ʻanhum ʹaalihatuhumul latee yadʻoona miñ doonil laahi miñ shayʹil lammaa jaaaʹa ʹamru Rabbik: wa-maa zaadoohum g̣ayra tatbeeb!
އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވަމެވެ. އަދި އެހެނެއްކަމަކު އެމީހުން އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީއެވެ. އަދި ކަލޭގެފާނުންގެ ربّ ގެ أمر ފުޅު އައިހިނދުން - އެބަހީ: އެބަޔަކު ހަލާކު ކުރެއްވުމުގެ أمر ފުޅުއައިހިނދުން ތިމަންރަސްކަލާނގެ ފިޔަވައި އެމީހުން އެގޮވާ دعاء ކުރިތަކެތި يعني: އެމީހުންގެ އެބުނާ إله ންތައް އެމީހުންނަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އިތުރު ގެއްލުމަކާއި ހަލާކެއްމެނުވީ އެބުދުތައް އެމީހުންނަށް އިތުރު ނުކުރެއެވެ.
-
11:102
وَكَذَٰلِكَ أَخْذُ رَبِّكَ إِذَآ أَخَذَ ٱلْقُرَىٰ وَهِىَ ظَـٰلِمَةٌ ۚ إِنَّ أَخْذَهُۥٓ أَلِيمٌ شَدِيدٌ
Wa-Kaẓaalika ʹakhẓu Rabbika ʹiẓaaa ʹakhaẓal q̣uraa wa-hiya z̤̣aalimah: ʹinna ʹakhẓahooo ʹaleemuñ shadeed.
ކަލޭގެފާނުންގެ ربّ އެރަށެއްގެ ބަޔަކު އަނިޔާވެރިވެގެންވާ حال އެރަށެއް ހިތްޕަވާ ހަލާކުކުރައްވަންޏާ އެކަލާނގެ އެރަށެއް ހިތްޕަވަނީ ހަމަ އެފަދައިންނެވެ. ހަމަކަށަވަރުން އެކަލާނގެ ހިތްޕެވުމަކީ ވޭންހުރި ގަދަފަދަ ހިތްޕެވުމެކެވެ.
-
11:103
إِنَّ فِى ذَٰلِكَ لَـَٔايَةً لِّمَنْ خَافَ عَذَابَ ٱلْـَٔاخِرَةِ ۚ ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ ٱلنَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ
ʹInna fee ẓaalika laʹAayatal liman khaafa ʻaẓaabal ʹAakhirah: ẓaalika Yawmum majmooʻul lahun naasu waẓaalika Yawmum Mashhood.
ހަމަކަށަވަރުން އެކަންތަކުގައި - އެބަހީ: ތިމަންރަސްކަލާނގެ އެހަލާކުކުރެއްވި ރަށްރަށް ހަލާކުކުރެއްވުމުގައި آخرة ދުވަހުގެ عذاب އަށް ބިރުވެތިވާ މީހަކަށް ކަނޑައެޅި بيان ވެގެންވާ عبرة ވެއެވެ. وعظ ވެއެވެ. އެދުވަހަކީ އެދުވަހަކަށް މީސްތަކުން (ކަށްވަޅުތަކުން ނުކުމެގެން) ޖަމާވާނޭ ދުވަހެވެ. އަދި އެދުވަހަކީ އެއީ ހެކިވެވޭނޭ ދުވަހެވެ. ނުވަތަ حاضر ވާނޭ ދުވަހެވެ.
-
11:104
وَمَا نُؤَخِّرُهُۥٓ إِلَّا لِأَجَلٍ مَّعْدُودٍ
Wa-maa nuʹakhkhiruhooo ʹillaa liʹajalim maʻdood.
އަދި ކަނޑައެޅި عدد ވެގެންވާ مدّة އަކަށްމެނުވީ ތިމަންރަސްކަލާނގެ ދުވަސް ލަސްނުކުރައްވަމެވެ.
-
11:105
يَوْمَ يَأْتِ لَا تَكَلَّمُ نَفْسٌ إِلَّا بِإِذْنِهِۦ ۚ فَمِنْهُمْ شَقِىٌّ وَسَعِيدٌ
Yawma yaʹti laa- takallamu nafsun ʹillaa biʹiẓnih: faminhum shaq̣iyyuñw wasaʻeed.
އަދި އެދުވަސް އައުމުން އެކަލާނގެ އިޒުނަފުޅަށްމެނުވީ ހަމައެއްވެސް نفس އެއް ވާހަކަ ނުދައްކާނެއެވެ. ފަހެ އެމީހުންގެތެރޭގައި ވަނީ އަބާއްޖަވެރިންނާއި ބާއްޖަވެރިންނެވެ.
-
11:106
فَأَمَّا ٱلَّذِينَ شَقُوا۟ فَفِى ٱلنَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ
Faʹammal laẓeena shaq̣oo fafin naari lahum feehaa zafeeruñw washaheeq̣.
ފަހެ އަބާއްޖަވެރިން ދަންނައެވެ! އެމީހުން (އެދުވަހުން) ނަރަކައިގައެވެ. އެމީހުންނަށް އެތާނގައި އިވޭނީ އެނަރަކަ ބޭރަށް ނޭވައިލާ އަޑާއި އަދި އޭތި އެތެރެއަށް ނޭވައި ހިފަހައްޓާ އަޑެވެ.
-
11:107
خَـٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَـٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ
Khaalideena feehaa maa- daamatis samaawaatu wal-ʹarḍu ʹillaa maa- shaaaʹa Rabbuk: ʹinna Rabbaka faʻ-ʻaalul limaa yureed.
އަދި ކަލޭގެފާނުންގެ ربّ އިރާދަކުރެއްވި މިންވަރެއްމެނުވީ އަބަދާއަބަދު އެމީހުން އެތާ ދެމިތިބޭނެއެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ އެކަލާނގެ އެދިވޮޑިގަންނަވާކަމެއްވިއްޔާ ހަމަ ކޮންމެހެން ކުރައްވާ ކަލާނގެއެވެ.
-
11:108
۞ وَأَمَّا ٱلَّذِينَ سُعِدُوا۟ فَفِى ٱلْجَنَّةِ خَـٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَـٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۖ عَطَآءً غَيْرَ مَجْذُوذٍ
Wa-ʹammal laẓeena suʻidoo fafil Jannati khaalideena feehaa maa- daamatis samaawaatu wal-ʹarḍu ʹillaa maa- shaaaʹa Rabbuk: ʻaṭaaaʹan g̣ayra majẓooẓ.
އަދި ބާއްޖަވެރިވީމީހުން ދަންނައެވެ! ފަހެ އެމީހުންވަނީ ސުވަރުގޭގައެވެ. ކަލޭގެފާނުންގެ ربّ އިރާދަކުރެއްވި މިންވަރެއްމެނުވީ އެމީހުން އެތާ ދާއިމީގޮތެއްގައި ދެމިތިބޭހުއްޓެވެ. އެއީ ކެނޑިދިއުމެއްނުވާ ދެއްވުމެއްގެގޮތުގައެވެ. (ދެމިހުންނަ نعمة އެއްގެގޮތުންނެވެ.)
-
11:109
فَلَا تَكُ فِى مِرْيَةٍ مِّمَّا يَعْبُدُ هَـٰٓؤُلَآءِ ۚ مَا يَعْبُدُونَ إِلَّا كَمَا يَعْبُدُ ءَابَآؤُهُم مِّن قَبْلُ ۚ وَإِنَّا لَمُوَفُّوهُمْ نَصِيبَهُمْ غَيْرَ مَنقُوصٍ
Falaa taku fee miryatim mimmaa yaʻbudu haaaʹulaaaʹ. Maa- yaʻbudoona ʹillaa kamaa yaʻbudu ʹaabaaaʹuhum miñ q̣abl: wa-ʹinnaa lamuwaffoohum naṣeebahum g̣ayra mañq̣ooṣ.
(އޭ رسول ﷲ އެވެ!) ފަހެ މިބައިމީހުން އެބަހީ: ކަލޭގެފާނުންގެ قوم ގެ مشرك ން - އެއަޅުކަންކުރާ ތަކެއްޗާއިމެދު ކަލޭގެފާނު ޝައްކު ނުކުރައްވާ ހުށިކަމެވެ. އެމީހުންގެ ކާބަފައިން މީގެކުރިން އަޅުކަންކުރާފަދައިންމެނުވީ މިމީހުންވެސް އަޅުކަންކުރާކަމުގައި ނުވެއެވެ. (މިމީހުން ބުދަށް މިއަޅުކަންކުރަނީ ކާބަފައިންނަށް تبع ވުމަށެވެ.) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ حقّ (ހެވަސް ނުބަޔަސް) ހަމަ މަދުކުރުމަކާއި ނުލައި ބަރާބަރުކޮށްދޭހުށީމެވެ.
-
11:110
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَٱخْتُلِفَ فِيهِ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ ۚ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ
Wa-laq̣ad ʹaataynaa Moosal Kitaaba fakhtulifa feeh: wa-lawlaa kalimatuñ sabaq̣at mir Rabbika laq̣uḍiya baynahum: wa-ʹinnahum lafee shakkim minhu mureeb.
އަދި ހަމަކަށަވަރުން موسى عليه السّلام އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. ފަހެ އެފޮތާއިމެދު إختلاف ވެވުނެވެ. (އެއްބަޔަކު އެފޮތް ތެދުކޮށް އަނެއްބަޔަކު އެފޮތް ދޮގުކުރިއެވެ.) އަދި ކަލޭގެފާނުންގެ ربّ ގެ حضرة ން كلمة އެއް އިސްވެގޮސްފައިނުވާނަމަ ހަމަކަށަވަރުން އެމީހުންގެ މެދުގައި ނިޔާކުރެވިއްޖައީހެވެ. (އެކަލާނގެ حضرة ން އިސްވެގޮސްފައިވާ كلمة އަކީ عذاب ލަސްކުރެއްވުމުގެ كلمة އެވެ.) އަދި ހަމަކަށަވަރުން އެމީހުން އެވަނީ އެފޮތާއިމެދު ޝައްކުކުރާ ބަޔަކުކަމުގައެވެ. (އެއީ حقّ ތޯ ނުވަތަ باطل ތޯ މިކަމާމެދުއެވެ.)
-
11:111
وَإِنَّ كُلًّا لَّمَّا لَيُوَفِّيَنَّهُمْ رَبُّكَ أَعْمَـٰلَهُمْ ۚ إِنَّهُۥ بِمَا يَعْمَلُونَ خَبِيرٌ
Wa-ʹinna kullal lammaa layuwaffiyannahum Rabbuka ʹaʻmaalahum: ʹinnahoo bimaa yaʻmaloona Khabeer.
އަދި އިސްވެދިޔަ މީހުންކުރެ ކޮންމެމީހަކަށްމެ ކަލޭގެފާނުންގެ ربّ އެމީހަކު ކުރި عمل ތަކަށް އެމީހަކަށް ފުރިހަމަ ޖަޒާދެއްވާ ބަރާބަރު ކުރައްވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ އެމީހުންކުރާ عمل ތަކުގެ خبر މޮޅަށް ދެނެވޮޑިގަންނަވާ ކަލާނގެއެވެ.
-
11:112
فَٱسْتَقِمْ كَمَآ أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا۟ ۚ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ
Fastaq̣im kamaaa ʹumirta wa-mañ taaba maʻaka wa-laa taṭg̣aw: ʹinnahoo bimaa taʻmaloona Baṣeer.
(އޭ رسول ﷲ އެވެ!) ކަލޭގެފާނަށް أمر ވެވުނުފަދައަކުން ކަލޭގެފާނު ސީދާވެވަޑައިގެން ހުންނަވާށެވެ! އަދި ކަލޭގެފާނުންގެ އަރިހުގައި توبة ވެވަޑައިގެން ތިއްބެވި ބޭކަލުންވެސް (ސީދާކަންމަތީ قائم ވެ ތިއްބަވާށެވެ!) އަދި (އުރެދުމުގައި) ހައްދުފަހަނަޅައިނުދާށެވެ! ހަމަކަށަވަރުން އެކަލާނގެއީ ކަލޭމެން ކުރާހާ ކަމަކަށް ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
-
11:113
وَلَا تَرْكَنُوٓا۟ إِلَى ٱلَّذِينَ ظَلَمُوا۟ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ ثُمَّ لَا تُنصَرُونَ
Wa-laa tarkanooo ʹilal laẓeena z̤̣alamoo fatamassakumun Naaru,― wa-maa lakum miñ doonil laahi min ʹawliyaaaʹa s̤umma laa- tuñṣaroon.
އޭ މީސްތަކުންނޭވެ! އަނިޔާވެރިވީމީހުންނަށް ކަލޭމެން ބުރަވެ އެމީހުންގެ ފަރާތަށް ނުލެނބޭށެވެ! ފަހެ އެހެން ހަދައިފިއްޔާ ކަލޭމެންގެ ގައިގާ އަލިފާން ބީހިދާނެއެވެ. (ކަލޭމެން ނަރަކައަށް ވަންނަން ޖެހިދާނެއެވެ.) އަދި ﷲ ފިޔަވައި ކަލޭމެންނަށް އެއްވެސް ސަހަރޯވެރިޔަކު ނުވެއެވެ. ދެން ކަލޭމެނަށް نصر ނުލިބެވޭނެއެވެ.
-
11:114
وَأَقِمِ ٱلصَّلَوٰةَ طَرَفَىِ ٱلنَّهَارِ وَزُلَفًا مِّنَ ٱلَّيْلِ ۚ إِنَّ ٱلْحَسَنَـٰتِ يُذْهِبْنَ ٱلسَّيِّـَٔاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّٰكِرِينَ
Wa-ʹaq̣imiṣ Ṣalaata ṭarafayin nahaari wa-zulafam minal layl: ʹinnal ḥasanaati yuẓhibnas sayyiʹaat: ẓaalika ẓikraa liẓ-ẓaakireen:
އަދި ދުވާލުގެ ދެކޮޅުގައްޔާ އަދި ރޭގަނޑުގެ ގަޑިތަކެއްގައި (ވަގުތުތަކެއްގައި) ކަލޭގެފާނު ނަމާދުފުޅުقَائِمُ ކުރައްވާށެވެ! (މިއީ فرض ފަސްނަމާދުގެ ވަގުތަކަށް ކުރައްވާފައި އިޝާރަތެއްކަމަށް مُفسّر ން ވިދާޅުވެއެވެ.) ހަމަކަށަވަރުން ހެޔޮކަންތައް ނުބައިކަންތައް ގެންދެއެވެ. ފިލުވައިލައެވެ. (އެބަހީ ހެޔޮކަންތައްކުރުމުން ނުބައިކަންތައް ފުހެވެއެވެ.) އަދި މިވާހަކަތަކަކީ وعظ އާއި نصيحة ލިބިގަންނަބަޔަކަށް (ذِكْر ކުރާބަޔަކަށް) ވާ نصيحة ތަކެކެވެ. وعظ ތަކެކެވެ.
-
11:115
وَٱصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ
Waṣbir faʹinnal laaha laa- yuḍeeʻu ʹajral Muḥsineen.
އަދި ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ފަހެ ހަމަކަށަވަރުން إحسان ތެރިންގެ ދަރުމަ ﷲ تعالى ގެއްލެނި ނުކުރައްވާނެއެވެ.
-
11:116
فَلَوْلَا كَانَ مِنَ ٱلْقُرُونِ مِن قَبْلِكُمْ أُو۟لُوا۟ بَقِيَّةٍ يَنْهَوْنَ عَنِ ٱلْفَسَادِ فِى ٱلْأَرْضِ إِلَّا قَلِيلًا مِّمَّنْ أَنجَيْنَا مِنْهُمْ ۗ وَٱتَّبَعَ ٱلَّذِينَ ظَلَمُوا۟ مَآ أُتْرِفُوا۟ فِيهِ وَكَانُوا۟ مُجْرِمِينَ
Falawlaa kaana minal q̣urooni miñ q̣ablikum ʹUloo baq̣iyyatiñy yanhawna ʻanil fasaadi fil ʹarḍi ʹillaa q̣aleelam mimman ʹañjaynaa minhum? Wattabaʻal laẓeena z̤̣alamoo maaa ʹutrifoo feehi wa-kaanoo mujrimeen.
ކަލޭމެންގެކުރީ އިސްވެދިޔަ أمّة ތަކުގެތެރޭގައި ތިބި ބުއްދިޔާއި ދީނުގެގޮތުން ރަނގަޅަށްތިބި މީހުން ބިމުގައި ކުރާ ފަސާދައިން މީސްތަކުންނަށް ނަހީކޮށް މަނާކޮށްހެދިނަމައެވެ! އެމީހުންގެމަދުމީހުން ބިމުގައިވާ ފަސާދަ ނަހީކޮށް މަނާކުރިއެވެ. އެމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އަނިޔާވެރިވީ މީސްތަކުން ތަބާވީ އެމީހުން އެއެއްޗެއްގައި މަޖާނަގަމުންދިޔަ ދުނިޔޭގެ މަޖަލާއި لَذّة އާއެވެ. އެމީހުންވީ ނުބައިނުލަފާ މީހުންކަމުގައެވެ. مجرم ންކަމުގައެވެ.
-
11:117
وَمَا كَانَ رَبُّكَ لِيُهْلِكَ ٱلْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ
Wa-maa kaana Rabbuka liyuhlikal q̣uraa biz̤̣ulmiñw waʹahluhaa muṣliḥoon.
އަދި ކަލޭގެފާނުންގެ ربّ އެރަށެއްގެ أهل ވެރިން مصلح ންކަމުގައިވާ حال ހަމަ (ރަނގަޅުމީހުން ކަމުގައިވާޙާލު) އަނިޔާވެރިގޮތެއްގައި ރަށްރަށް ހަލާކުކުރައްވާ ކަލަކުކަމުގައި ނުވެއެވެ.
-
11:118
وَلَوْ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةً وَٰحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ
Wa-law shaaaʹa Rabbuka lajaʻal annaasa ʹUmmatañw waa-ḥidatañw walaa yazaaloona mukhtalifeen.
އަދި ކަލޭގެފާނުންގެ ربّ އެދިވޮޑިގެންނެވިނަމަ ހަމަކަށަވަރުން އެންމެހައި މީސްތަކުން އެއް أمّة އަކަށް ލައްވައިފީހެވެ. (ހަމަ ސީދާ مسلم ންކަމުގައި ލައްވައިފީހެވެ.) އަދި އެމީހުން إختلاف ވެ ދެބަސްވުމުން ފިލާނުދެއެވެ. (އެއީ دين ނުވަތަ مذهب އާއިމެދުވާ إختلاف އެވެ.)
-
11:119
إِلَّا مَن رَّحِمَ رَبُّكَ ۚ وَلِذَٰلِكَ خَلَقَهُمْ ۗ وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ
ʹIllaa mar raḥima Rabbuk: wa-liẓaalika khalaq̣ahum: wa-tammat Kalimatu Rabbika laʹamlaʹanna Jahannama minal jinnati wannaasi ʹajmaʻeen.
ކަލޭގެފާނުންގެ ربّ رحمة ލެއްވި އަޅަކު މެނުވީއެވެ. އެމީހުން ހެއްދެވުނީ އެގޮތުގެމަތީގައެވެ. (އެބަހީ: رحمة އަށްޓަކައެވެ. ނުވަތަ إختلاف ވާގޮތަށެވެ. އަދި ކަލޭގެފާނުންގެ ربّ ގެ كلمة ފުޅު ފުރިހަމަވެގެންވެއެވެ. އެއީ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނަރަކަ ފުރައިލާހުރީ ޖިންނީންގެތެރެއިންނާއި މީސްތަކުންގެތެރެއިން އަޅައިގެންނެވެ. (އޭގައިވާ އެންމެންނަކީވެސް އެދެ جِنْس އެވެ. والله أعلم)
-
11:120
وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَ ۚ وَجَآءَكَ فِى هَـٰذِهِ ٱلْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ
Wa-kullan naq̣uṣṣu ʻalayka min ʹambaaaʹir rusuli maa- nus̤abbitu bihee fuʹaadak: wa-jaaaʹaka fee haaẓihil Ḥaq̣q̣u wa-mawʻiz̤̣atuñw waẓikraa lil-Muʹmineen.
رسول ބޭކަލުންގެ خبر ތަކުގެތެރެއިން ތިމަންރަސްކަލާނގެ ކަލޭގެފާނަށް މިކިޔަވައިދެއްވާ ވާހަކަތަކުގައި އެއިން ކަލޭގެފާނުންގެ ހިތްޕުޅު ތިމަންރަސްކަލާނގެ ސާބިތުކޮށްދެއްވާ ތަކެތިވެއެވެ. އަދި ހަމަކަށަވަރުން މިސޫރަތުގައި مؤمن ންނަށް حقّ އާއި وعظ އާއި އަދި ذِكر އާއި نصيحة ހުރިތަކެތި ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ.
-
11:121
وَقُل لِّلَّذِينَ لَا يُؤْمِنُونَ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنَّا عَـٰمِلُونَ
Waq̣ul lillaẓeena laa- yuʹminoo naʻmaloo ʻalaa makaanatikum: ʹinnaa ʻaamiloon;
އަދި އީމާންނުވާމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކަލޭގެ ތަނުގައި ތިބެ ކަލޭމެންގެ ގޮތުގައި عمل ކުރާށެވެ! ތިމަންކަލޭގެފާނުވެސް عمل ކުރާހުށީމެވެ.
-
11:122
وَٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ
Wañtaz̤̣iroo! ʹinnaa muñ-taz̤̣iroon.
އަދި (ކަލޭމެންނަށް شيطان وعد ކުރި ކަންތަކަށް) ކަލޭމެން إنتظار ކުރާށެވެ! ތިމަންކަލޭގެފާނު (ތިމަންކަލޭގެފާނަށް ﷲ وعد ކުރެއްވި ކަންތަކަށް) إنتظار ކުރާހުރީމެވެ.
-
11:123
وَلِلَّهِ غَيْبُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَإِلَيْهِ يُرْجَعُ ٱلْأَمْرُ كُلُّهُۥ فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا تَعْمَلُونَ
Wa-lillaahi g̣aybus samaawaati wal-ʹarḍi wa-ʹilayhi yurjaʻul ʹamru kulluhoo faʻbudhu wa-tawakkal ʻalayh: wa-maa Rabbuka big̣aafilin ʻammaa taʻmaloon.
އަދި އުޑުތަކާއި ބިމުގައިވާ غيب خاصّ ވެ ملك ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހުރިހާ ކަމެއް - ހުރިހާ އެއްޗެއް رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. ފަހެ އެކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެ حضرة އަށް وكيل ކުރައްވާށެވެ! އަދި ކަލޭމެންކުރާ ކަންތައްތަކަށް ކަލޭގެފާނުގެ ربّ غافل ވެވޮޑިގެން ނުވެއެވެ.
Surah YusufBegins here at 12:1
-
12:1
الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ
Alif-Laaam-Raa. Tilka ʹAayaatul kitaabil Mubeen.
الر މިއަކުރުތަކުގެ މާނައެއް - އަދި މުރާދެއް ދެނެވޮޑިގެންވަނީ ﷲ އެވެ. އެއީ بيان ކޮށް تفصيل ކޮށްދޭ ފޮތުގެ އާޔަތްތަކެވެ. (އެބަހީ: މިސޫރަތަކީ حرام حلال އަދި ތެދުމަގާއި هداية ސާފުކޮށް بيان ކޮށްދޭ ކީރިތި قرآن ގެ އާޔަތްތަކެވެ.)
-
12:2
إِنَّآ أَنزَلْنَـٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ
ʹInnaaa ʹañzalnaahu Q̣urʹaanan ʻArabiyyal laʻallakum taʻq̣iloon.
ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެފޮތް ބާވައިލެއްވީ عرب ބަހުންވާ قرآن އެއްގެ ގޮތުންނެވެ. عرب ބަހުންނެވެ. އެއީ ކަލޭމެން ވިސްނާ ފިކުރުކުރުމަށެވެ.
-
12:3
نَحْنُ نَقُصُّ عَلَيْكَ أَحْسَنَ ٱلْقَصَصِ بِمَآ أَوْحَيْنَآ إِلَيْكَ هَـٰذَا ٱلْقُرْءَانَ وَإِن كُنتَ مِن قَبْلِهِۦ لَمِنَ ٱلْغَـٰفِلِينَ
Naḥnu naq̣uṣṣu ʻalayka ʹaḥsanal q̣aṣaṣi bimaaa ʹawḥaynaaa ʹilayka haaẓal Q̣urʹaan: wa-ʹiñ kuñta miñ q̣ablihee laminal g̣aafileen.
(އޭ ރަސޫލުﷲ އެވެ.) މި قرآن ގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލައްވާ وحي ގައިވާ އެންމެ ރީތި އެންމެ ރަނގަޅު ވާހަކަ ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحي ކުރައްވައި ކިޔައިދެއްވާ ހުށީމެވެ. އަދި އޭގެކުރީގައި - އެބަހީ: މި وحي ގެ ކުރީގައި ކަލޭގެފާނު އެވާހަކައާއިމެދު غافل ވަޑައިގެންވިޔަސްމެއެވެ. އެނގިވަޑައި ނުގަންނަވާ ކަމުގައިވީނަމަވެސްމެއެވެ.
-
12:4
إِذْ قَالَ يُوسُفُ لِأَبِيهِ يَـٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَـٰجِدِينَ
ʹIẓ q̣aala Yoosufu liʹabeehi yaaaʹabati ʹinnee raʹaytu ʹaḥada ʻashara kawkabañw washshamsa walq̣amara raʹaytuhum lee saajideen.
يوسف - (عليه السّلام) އެކަލޭގެފާނުންގެ ބައްޕާފުޅަށް ވިދާޅުވިހިނދު ހަނދުމަފުޅު ކުރަށްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ބައްޕާއެވެ! ހަމަކަށަވަރުން އެގާރަ ތަރިޔާއި އަދި އިރާއި ހަނދު ހުވަފެނުގައި އަހުރެންދުށީ އެތަކެތި އަހުރެންނަށް سجدة ކުރާތީއެވެ.
-
12:5
قَالَ يَـٰبُنَىَّ لَا تَقْصُصْ رُءْيَاكَ عَلَىٰٓ إِخْوَتِكَ فَيَكِيدُوا۟ لَكَ كَيْدًا ۖ إِنَّ ٱلشَّيْطَـٰنَ لِلْإِنسَـٰنِ عَدُوٌّ مُّبِينٌ
Q̣aala yaa-bunayya laa- taq̣ṣuṣ ruʹyaaka ʻalaaa ʹikhwatika fayakeedoo laka kaydaa! ʹInnash shayṭaana lil-ʹiñsaani ʻaduwwum mubeen!
އެކަލޭގެފާނު އެބަހީ يوسف ގެ ބައްޕާފުޅު يعقوب (عليه السّلام) ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިފުޅާއެވެ! ކަލޭގެ ހުވަފެން ކަލޭގެ أخ ންނަށް ކިޔައިނުދޭށެވެ! އެހެން ހަދައިފިއްޔާ އެބަހީ: ކިޔައިދީފިއްޔާ އެމީހުން ކަލެޔާ عداوة ތެރިވެ ނުބައި ރޭވުން ކަލެޔާމެދު ރާވާނެއެވެ. ހަމަކަށަވަރުން شيطان އާއީ އިންސާނުންނަށްވާ عداوة ތެރިކަން ބަޔާންވެގެންވާ عداوة ތެރިއެކެވެ.
-
12:6
وَكَذَٰلِكَ يَجْتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأْوِيلِ ٱلْأَحَادِيثِ وَيُتِمُّ نِعْمَتَهُۥ عَلَيْكَ وَعَلَىٰٓ ءَالِ يَعْقُوبَ كَمَآ أَتَمَّهَا عَلَىٰٓ أَبَوَيْكَ مِن قَبْلُ إِبْرَٰهِيمَ وَإِسْحَـٰقَ ۚ إِنَّ رَبَّكَ عَلِيمٌ حَكِيمٌ
Wa-kaẓaalika yajtabeeka Rabbuka wa-yuʻallimuka miñ taʹweelil ʹaḥaadees̤i wa-yutimmu niʻmatahoo ʻalayka wa-ʻalaaa ʹaali Yaʻq̣ooba kamaaa ʹatammahaa ʻalaaa ʹabawayka miñ q̣ablu ʹIbraaheema wa-ʹisḥaaq̣! ʹInna Rabbaka ʻAleemun Ḥakeem.
އަދި އެފަދައިން އެބަހީ: ކަލޭގެފާނުންގެ ربّ ކަލޭގެފާނަށް ތަރިތަކާއި އިރުހަނދު سجدة ކުރާތީ ދެއްކެވިފަދައިން ހަމައެފަދައިން ކަލޭގެފާނުންގެ ربّ ކަލޭގެފާނަށް ހުވަފެން تعبير އުގަންނަވައި ދެއްވާހުއްޓެވެ. އަދި ކަލޭގެފާނަށާއި އަދި يعقوب (عليه السّلام) ގެ دين ގެ أهل ވެރިންގެމައްޗަށް އެކަލާނގެ نعمة ފުރިހަމަކޮށްދެއްވާހުއްޓެވެ. އެއީ މީގެކުރީގައި ކަލޭގެފާނުންގެ ދެކާބަފައިކަލުންގެމައްޗަށް يعني: إبراهيم عليه السّلام އާއި إسحاق عليه السّلام ގެ މައްޗަށްވެސް އެކަލާނގެ އެކަލާނގެ نعمة ފުރިހަމަކުރެއްވިފަދައިންނެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ. (މިއާޔަތުގައި މިވާ نعمة ގެ މުރާދަކީ نبي ކަން ކަމުގައި بيان ކުރެވިފައިވެއެވެ.)
-
12:7
۞ لَّقَدْ كَانَ فِى يُوسُفَ وَإِخْوَتِهِۦٓ ءَايَـٰتٌ لِّلسَّآئِلِينَ
Laq̣ad kaana fee yoosufa wa-ʹikhwatihee ʹAayaatul lissaaaʹileen.
ހަމަކަށަވަރުން يوسف (عليه السّلام) އާއި އެކަލޭގެފާނުންގެ أخ ންނާއިދެމެދު ހިނގާދިޔަ ކަންތަކުގައި ސުވާލުކޮށް އަހާބަޔަކަށް عبرة އާއި دليل ވާކަން ކަށަވަރެވެ.
-
12:8
إِذْ قَالُوا۟ لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰٓ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِى ضَلَـٰلٍ مُّبِينٍ
ʹIẓ q̣aaloo la-Yoosufu wa-ʹakhoohu ʹaḥabbu ʹilaaa ʹabeenaa minnaa wa-naḥnu ʻuṣbah! ʹInna ʹabaanaa lafee ḍalaalim mubeen!
އެއީ އެމީހުން - އެބަހީ: يوسف ގެ أخ ން (އެމީހުން އެމީހުނަށް) ބުނިހިނދުގައެވެ. އެމީހުން ބުނީ، ހަމަކަށަވަރުން يوسف އާއި އަދި އޭނާގެ أخ އަހުރެމެންނަށްވުރެ އަހުރެމެންގެ ބައްޕައަށް މާލޯބިވެތިއެވެ. އަދި އަހުރެމެންނަކީ ބާރުހުރި جماعة އެކެވެ. ހަމަކަށަވަރުން އަހުރެމެންގެ ބައްޕަ އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.
-
12:9
ٱقْتُلُوا۟ يُوسُفَ أَوِ ٱطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا۟ مِنۢ بَعْدِهِۦ قَوْمًا صَـٰلِحِينَ
ʹUq̣tuloo Yoosufa ʹawiṭra ḥoohu ʹarḍañy yakhlu lakum wajhu ʹabeekum wa-takoonoo mim baʻdihee q̣awmañ ṣaaliḥeen!
ކަލޭމެން يوسف قتل ކުރާށެވެ! ނުވަތަ ކޮންމެވެސް ބިމަކަށް އޭނާ އެއްލައިލާށެވެ! އޭރުން ކަލޭމެންގެ ބައްޕަގެ މޫނު ކަލޭމެނަށް ހުސްވެދާނެއެވެ. އަދި އޭނާ ނެތުމަށްފަހު ދެން ކަލޭމެން ރަނގަޅު صالح ބަޔަކަށްވެދާނެއެވެ.
-
12:10
قَالَ قَآئِلٌ مِّنْهُمْ لَا تَقْتُلُوا۟ يُوسُفَ وَأَلْقُوهُ فِى غَيَـٰبَتِ ٱلْجُبِّ يَلْتَقِطْهُ بَعْضُ ٱلسَّيَّارَةِ إِن كُنتُمْ فَـٰعِلِينَ
Q̣aala q̣aaaʹilum minhum laa- taq̣tuloo Yoosufa wa-ʹalq̣oohu fee g̣ayaabatil jubbi yaltaq̣iṭhu baʻḍus say-yaarati ʹiñ kuñtum faa-ʻileen.
އޭގެތެރެއިން ބުނި މީހަކު ބުނެފިއެވެ. ކަލޭމެން يوسف قتل ނުކުރާށެވެ! އަދި އޭނާ ވަޅުގަނޑުގެ އަޑިޔަށް ވައްޓައިލާށެވެ! (އެއީ غيبة اْلجُبِّ) ކިޔާ އެނަމުން مشهور ވެފައިވާ ތަނެއްކަމުގައިވެއެވެ. އަދި އެއީ بيت المقدس ގައިވާ ވަޅެއްކަމަށްވެސް ބުނެވުނެވެ. والله أعلم) ދެން ދަތުރުކުރާ ގާފިލާއެއްގެ ބަޔަކު އޭނާ ހޮވައިގެން ގެންގޮސްފާނެއެވެ. ކަލޭމެން ކަމެއްކުރަންޏާ އެހެން ހަދާށެވެ! (ދެންފަހެ މިނުބައި ރޭވުމާ مؤتَمَر އަށްފަހު އެމީހުންގޮސް يعقوب عليه السّلام އަށް ދެންނެވިއެވެ. އެއީ އެރޭވި ރޭވުން تنفيذ ކުރަންވެގެންނެވެ.)
-
12:11
قَالُوا۟ يَـٰٓأَبَانَا مَا لَكَ لَا تَأْمَ۫نَّا عَلَىٰ يُوسُفَ وَإِنَّا لَهُۥ لَنَـٰصِحُونَ
Q̣aaloo yaaaʹabaanaa maa- laka laa- taʹmannaa ʻalaa Yoosufa wa-ʹinnaa lahoo lanaaṣiḥoon?
އެމީހުން ދެންނެވިއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ. يوسف އާއިމެދު ކަލޭގެފާނު އަހުރެމެންނަށް އަމާންވެވަޑައި ނުގަންނަވަނީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން އޭނާއަށްޓަކައި އަހުރެމެންނަކީ نصيحة ތެރި إخلاص ތެރިބަޔަކީމެވެ.
-
12:12
أَرْسِلْهُ مَعَنَا غَدًا يَرْتَعْ وَيَلْعَبْ وَإِنَّا لَهُۥ لَحَـٰفِظُونَ
ʹArsilhu maʻanaa g̣adañy yartaʻwa- yalʻab wa-ʹinnaa lahoo laḥaafiz̤̣oon.
މާދަމާ އަހުރެމެންނާއެކު (ބަކަރި ހުއިހައްޕަން ދާއިރު) އޭނާވެސް މަޖާކޮށްލާ ކުޅެލުމަށް ފޮނުވައިދެއްވާށެވެ! އަދި ހަމަކަށަވަރުން އަހުރެމެން އޭނާ ރައްކާކޮށް حماية ކުރާހުށީމެވެ.
-
12:13
قَالَ إِنِّى لَيَحْزُنُنِىٓ أَن تَذْهَبُوا۟ بِهِۦ وَأَخَافُ أَن يَأْكُلَهُ ٱلذِّئْبُ وَأَنتُمْ عَنْهُ غَـٰفِلُونَ
Q̣aala ʹinnee layaḥzununeee ʹañ taẓhaboo bihee wa-ʹakhaafu ʹañy yaʹkulahuẓ ẓiʹbu wa-ʹañtum ʻanhu g̣aafiloon.
އެކަލޭގެފާނު يعني: يعقوب (عليه السّلام) ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ހިތާމަވެރިކަން އަންނަނީ ކަލޭމެން އޭނާޔާއިގެން ދިއުމުންނެވެ. އަދި ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަނީ ކަލޭމެން އޭނާގެ މަތީން غافل ވެގެންވަނިކޮށް މިނިކާވަގު އޭނާ ކައިފާނެތީއެވެ.
-
12:14
قَالُوا۟ لَئِنْ أَكَلَهُ ٱلذِّئْبُ وَنَحْنُ عُصْبَةٌ إِنَّآ إِذًا لَّخَـٰسِرُونَ
Q̣aaloo laʹin ʹakalahuẓ ẓiʹbu wa-naḥnu ʻuṣbatun ʹinnaaa ʹiẓal lakhaasiroon!
އެމީހުން ދެންނެވިއެވެ. އަހުރެމެން މިހާގަދަ جماعة އެއްތިއްބާ އޭނާ މިނިކާވަގު ކައިފިއްޔާ ހަމަކަށަވަރުން އޭރުން އަހުރެމެންވާނީ ގެއްލިހަލާކުވެގެންވާ ބަޔަކުކަމުގައެވެ. (ތިޔައީ އެއްގޮތަކަށްވެސް ވާނޭކަމެއްނޫނެވެ.)
-
12:15
فَلَمَّا ذَهَبُوا۟ بِهِۦ وَأَجْمَعُوٓا۟ أَن يَجْعَلُوهُ فِى غَيَـٰبَتِ ٱلْجُبِّ ۚ وَأَوْحَيْنَآ إِلَيْهِ لَتُنَبِّئَنَّهُم بِأَمْرِهِمْ هَـٰذَا وَهُمْ لَا يَشْعُرُونَ
Falammaa ẓahaboo bihee wa-ʹajmaʻooo ʹañy yajʻaloohu fee g̣ayaabatil jubb: wa-ʹawḥaynaaa ʹilayhi latunabbiʹannahum̃ biʹamrihim haaẓaa wahum laa- yashʻuroon.
ދެންފަހެ އެމީހުން އެބަހީ: يوسف ގެފާނުންގެ أخ ން ބައްޕަ ކައިރީ އޮޅުވައިލައިގެން އެކަލޭގެފާނާއިގެން - އެބަހީ: يوسف ގެފާނާއިގެން - ދިޔަހިނދުން އެމީހުން އެކަލޭގެފާނު ވަޅުގަނޑުގެ އަޑިޔަށްލުމަށް ޖަމާވެއްޖެއެވެ. (އަދި އެމީހުން އެކަލޭގެފާނު އެއަށްލައިފިއެވެ.) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (يوسف ގެފާނަށް) وحي ކުރެއްވީމެވެ. ހަމަކަށަވަރުން ކަލޭގެފާނު އެމީހުންނަށް ތިޔަކަމުގެ خبر ދެއްވާނެއެވެ. އެއީ އެމީހުންނަށް إحساس ވެސް ނުވެތިބޭ حال ގައެވެ. އެއީ އަދި މާފަހުންވާން އޮތްކަމެކެވެ.
-
12:16
وَجَآءُوٓ أَبَاهُمْ عِشَآءً يَبْكُونَ
Wa-jaaaʹooo ʹabaahum ʻishaaaʹañy yabkoon.
ދެންފަހެ އެމީހުން (އެކަލޭގެފާނު ވަޅަށްލައިފާ) ރޭގަނޑު އަނދިރިވީފަހުން (عشاء ވަގުތު) ރޮމުން އެމީހުންގެ ބައްޕަގެ އަރިހަށް ހިނގައްޖެއެވެ.
-
12:17
قَالُوا۟ يَـٰٓأَبَانَآ إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِندَ مَتَـٰعِنَا فَأَكَلَهُ ٱلذِّئْبُ ۖ وَمَآ أَنتَ بِمُؤْمِنٍ لَّنَا وَلَوْ كُنَّا صَـٰدِقِينَ
Q̣aaloo yaaaʹabaanaaa ʹinnaa ẓahabnaa nastabiq̣u wa-taraknaa Yoosufa ʻiñda mataaʻinaa faʹakalahuẓ ẓiʹb. Wa-maaa ʹañta bimuʹminil lanaa wa-law kunnaa ṣaadiq̣een.
އެމީހުން ދެންނެވިއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ. އަހުރެމެންގެ ސާމާނުތަކުގެ ކައިރީގައި يوسف ބައިންދާފައި އަހަރެމެން ދިޔައީ (ދުނިއުކުމާއި އަސްދުއްވުންފަދަ ކަންކަމުގައި) ވާދަކޮށްލާށެވެ. ފަހެ އެވަގުތު މިނިކާވަގު އައިސް يوسف ކައިފިއެވެ. އަދި އަހުރެމެންނަކީ ތެދުވެރިންކަމުގައިވިޔަސް ކަލޭގެފާނަކީ އަހުރެމެންގެ ބަސްތެދުކުރާނޭ ބޭކަލަކުކަމުގައި ނުވެއެވެ.
-
12:18
وَجَآءُو عَلَىٰ قَمِيصِهِۦ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَٱللَّهُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ
Wa-jaaaʹoo ʻalaa q̣ameeṣihee bidamiñ kaẓib. Q̣aala bal sawwalat lakum ʹañfusukum ʹamraa. Faṣabruñ jameel: wallaahul Mustaʻaanu ʻalaa maa- taṣifoon.
އަދި އެމީހުން އައީ އެކަލޭގެފާނުންގެ ގަމީސްކޮޅުގައި ދޮގުލެއި ހާކައިގެންނެވެ. (ބަކައްޓެއް ކަތިލައި އޭގެ ލެއި ހާކައިގެންނެވެ.) އެކަލޭގެފާނު يعني: يعقوب عليه السّلام ވިދާޅުވިއެވެ. އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންގެ ހަވާ نفس ކަލޭމެންނަށް ކަމެއް ޒީނަތްތެރިކޮށްދިނީއެވެ. (އެކަންކުރީއެވެ.) ދެން އަހުރެންކުރާނީ ކިއެއްހެއްޔެވެ؟ އަހުރެންނަށް އޮތީ ރިވެތިގޮތުގައި ކެތްކުރުމެވެ. އަދި ކަލޭމެން ތިޔަ ސިފަކުރާކަންތައްތަކާއިމެދު ވާގިއެދެވޭނެ ފަރާތަކީ ހަމަ ﷲ އެވެ. ތިޔަކަމުގެ حقيقة އެކަލާނގެ ދެނެވޮޑިގެންވެއެވެ.
-
12:19
وَجَآءَتْ سَيَّارَةٌ فَأَرْسَلُوا۟ وَارِدَهُمْ فَأَدْلَىٰ دَلْوَهُۥ ۖ قَالَ يَـٰبُشْرَىٰ هَـٰذَا غُلَـٰمٌ ۚ وَأَسَرُّوهُ بِضَـٰعَةً ۚ وَٱللَّهُ عَلِيمٌۢ بِمَا يَعْمَلُونَ
Wa-jaaaʹat sayyaaratuñ faʹarsaloo waaridahum faʹadlaa dalwah. Q̣aala yaa-bushraa haaẓaa g̣ulaam! Wa-ʹasarroohu biḍaaʻah! Wallaahu ʻaleemum bimaa yaʻmaloon!
ދެންފަހެ ދަތުރުކުރާ قافلة އެއް (يوسف ގެފާނު އެހުންނެވި ވަޅުގެކައިރިޔަށް) އަތުވެއްޖެއެވެ. އަދި އެމީހުންގެ ފެންއުފުލާމީހާ ފެންގެނައުމަށް އެމީހުން ފޮނުވައިފިއެވެ. އަދި އޭނާ އޭނާގެ ބާލިދީ ވަޅަށް ތިރިކޮށްފިއެވެ. (އަދި يوسف އޭގައި އެލިގެންފިއެވެ. އަދި އެކަލޭގެފާނު ވަޅުން އަރާވަޑައިގެންފިއެވެ.) އަދި އެމީހާ ބުންޏެވެ. އޭ بُشْرَى އެވެ. (މިއީ އޭނާގެ އެކުވެރިޔާގެ ނަމެވެ.) ނުވަތަ އޭނާ ދުލުން ބޭރުވި އުފާވެރިކަމުގެ كلمة އެކެވެ. އޭނާ ބުންޏެވެ. މިހުރީ غلام އެކެވެ. ރީތި ފިރިހެންކުއްޖެކެވެ. އަދި އެމީހުން އެބަހީ: قافلة ގެމީހުން ވިޔަފާރީގެ މުދަލެއްގެގޮތުގައި އެކަލޭގެފާނު ފޮރުވާ ސިއްރުކޮށްފިއެވެ. އަދި އެމީހުން އެކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.
-
12:20
وَشَرَوْهُ بِثَمَنٍۭ بَخْسٍ دَرَٰهِمَ مَعْدُودَةٍ وَكَانُوا۟ فِيهِ مِنَ ٱلزَّٰهِدِينَ
Wa-sharawhu bis̤amanim bakhsiñ daraahima maʻdoodah: wa-kaanoo feehi minaz zaahideen!
އަދި އެމީހުން ކުޑައަގަކަށް މަދު دِرْهَمُ ކޮޅަކަށް އެކަލޭގެފާނު يعني: (يوسف) ބާޒާރުގައި ވިއްކައިލައިފިއެވެ. އަދި އެމީހުން ވީ އެކަލޭގެފާނާއިމެދު މާބޮޑު أهميّة ކަމެއް އަޅައިލުމެއްނެތް ބަޔަކުކަމުގައެވެ. زَاهِدُ ބަޔަކުކަމުގައެވެ.
-
12:21
وَقَالَ ٱلَّذِى ٱشْتَرَىٰهُ مِن مِّصْرَ لِٱمْرَأَتِهِۦٓ أَكْرِمِى مَثْوَىٰهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًا ۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ وَلِنُعَلِّمَهُۥ مِن تَأْوِيلِ ٱلْأَحَادِيثِ ۚ وَٱللَّهُ غَالِبٌ عَلَىٰٓ أَمْرِهِۦ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Wa-q̣aalal laẓish taraahu mim Miṣra limraʹatiheee ʹakrimee mas̤waahu ʻasaaa ʹañy yañfaʻanaaa ʹaw nattakhiẓahoo waladaa. Wa-kaẓaalika mak-kannaa li-Yoosufa fil ʹarḍi, wa-linuʻallimahoo miñ taʹweelil ʹaḥaadees̤. Wallaahu g̣aalibun ʻalaaa ʹamrihee wa-laakinna ʹaks̤aran naasi laa yaʻlamoon.
އަދި مصر ން އެކަލޭގެފާނު ބައްލަވައިގެންނެވި މީހާ އޭނާގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. ކަމަނާ މީނާގެ ދަރަޖަޔާ مقام މާތްކުރާށެވެ! (ކާބޯތަކެއްޗާއި ހުންނަތަން ރަނގަޅުކޮށްހަދާށެވެ!) • (ދަންނައެވެ! އެމީހާއަކީ مصر ގެ خزانة ތަކުގެ ވެރިކަމުގައިހުންނެވި قِطْفِير އެވެ. އޭނާ مشهور ވަނީ عزيز مصر ގެ ނަމުންނެވެ. އެއީ مَالِيّة ގެ ވެރިޔާއެވެ. ފަހުން يوسف عليه السّلام ހުންނެވީ އެ مقام ގައެވެ. އޭނާގެ އަނބިކަނބަލެއް ކަމުގައިވަނީ ذليخا އެވެ ނަމަކަށް ކިޔާ މީހެކެވެ. މި عزيز އޭނާގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. އޭނާ يعن: يوسف ގެފަރާތުން އަހުރެމެންނަށް مَنْفَعَ ކުރުން أمّيد ކުރެވެއެވެ. ނުވަތަ އަހުރެމެންގެ ދަރިޔަކުކަމުގައި އަހުރެމެން އޭނާ ބަލާނީއެވެ. މިއެވެ.)\n• ﷲ تعالى وحي ކުރެއްވިއެވެ. އަދި އެކަލޭގެފާނަށް ބިމުގައި ތިމަންރަސްކަލާނގެ ހަމަޖައްސައިދެއްވީ އެފަދައިންނެވެ. އެއީ އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ހުވަފެން تفسير އުގަންނަވައިދެއްވުމަށްޓަކައެވެ. އަދި ﷲ تعالى އީ އެކަލާނގެ ކުރައްވާ ކަންތަކުގައި ގަދަފަދަވަންތަ ކަލާނގެއެވެ. (އެއަކަށް އެހެންމީހަކަށް ބާރެއް ނުހިންގޭނެއެވެ.) އަދި އެހެނެއްކަމަކު ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.
-
12:22
وَلَمَّا بَلَغَ أَشُدَّهُۥٓ ءَاتَيْنَـٰهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
Wa-lammaa balag̣a ʹashuddahooo ʹaataynaahu ḥukmañw waʻilmaa: wa-kaẓaalika najzil Muḥsineen.
އަދި އެކަލޭގެފާނުންގެ ބުއްދިފުޅާއި ޒުވާންކަމުގެ ބާރުފުޅު ގަދަވިހިނދުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ރަނގަޅު ވިސްނުންފުޅާއި علم ދެއްވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
-
12:23
وَرَٰوَدَتْهُ ٱلَّتِى هُوَ فِى بَيْتِهَا عَن نَّفْسِهِۦ وَغَلَّقَتِ ٱلْأَبْوَٰبَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ ٱللَّهِ ۖ إِنَّهُۥ رَبِّىٓ أَحْسَنَ مَثْوَاىَ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ
Wa-raawadat-hul latee huwa fee baytihaa ʻan nafsihee wa-g̣allaq̣atil ʹabwaaba wa-q̣aalat hayta lak! Q̣aala maʻaaẓal laahi ʹinnahoo rabbeee ʹaḥsana mas̤waay! Innahoo laa- yufliḥuz̤̣ z̤̣aalimoon!
އަދި އެކަލޭގެފާނު އެހުންނެވި ގޭގެ އަންހެންމީހާ އެކަލޭގެފާނާ ހިތައިވެއްޖެއެވެ. އަދި އޯގާވެރިކަމާއިއެކު އެކަލޭގެފާނުންގެ نفس ފުޅަށް (ހިތައިވުމުގެ نَظَرُ ން) އެދިވަޑައިގެންނެވިއެވެ. އަދި އެކަމަނާ ގޭގެ ދޮރުތައް ލައްޕާފައި (އެކަލޭގެފާނަށް ދެންނެވިއެވެ.) ކަލޭގެފާނަށްޓަކައި ތައްޔާރެވެ. އަންނާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. مَعَاذَ ﷲِ އެވެ. (އެބަހީ: ތިޔަކަމުން ރައްކާތެރިވުމަށް ﷲ ގެ حضرة ން ވާގިއެދި ސަލާމަތަށް އެދެމެވެ.) ހަމަކަށަވަރުން އެކަލޭގެފާނަކީ - އެބަހީ: ކަމަނާގެ ފިރިކަލުންނަކީ އަހުރެންނަށް ނުހަނު މާތްކޮށް ހިތްތަވާ އަހުރެންގެ ސާހިބާއެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ކާމިޔާބު ނުވާނެއެވެ.
-
12:24
وَلَقَدْ هَمَّتْ بِهِۦ ۖ وَهَمَّ بِهَا لَوْلَآ أَن رَّءَا بُرْهَـٰنَ رَبِّهِۦ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ ٱلسُّوٓءَ وَٱلْفَحْشَآءَ ۚ إِنَّهُۥ مِنْ عِبَادِنَا ٱلْمُخْلَصِينَ
Wa-laq̣ad hammat bihee wa-hamma bihaa laaa-law ʹar raʹaa burhaana Rabbih: Kaẓaalika linaṣrifa ʻanhus soooʹa wal-faḥshaaaʹ: ʹinnahoo min ʻibaadinal Mukhlaṣeen.
އަދި ހަމަކަށަވަރުން އެކަމަނާ އެކަލޭގެފާނާއިމެދު (ނުބައިކަންތައްކުރުމަށް) قصد ކުރެއްވިއެވެ. އަދި އެކަލޭގެފާނުވެސް އެކަމަނާއާއިމެދު قصد ކުރެއްވިއެވެ. އެކަލޭގެފާނުންގެ رَبُّ ގެ އާޔަތްތައް - يعني - އެކަލޭގެފާނުން އެކަމުން މަނާވެގަންނަކަހަލަ - دليل އާއި بُرْهَان އެކަލޭގެފާނަށް ފެނިވަޑައި ނުގެންނެވިނަމަ އެކަލޭގެފާނުންވެސް އެކަމަނާގެ ފަރާތަށް ލެނބިވަޑައިގަނެވިއްޖައީހެވެ. (އެބަހީ: އެވަގުތު އެބާވަތުގެ دليل އެކަލޭގެފާނަށް ދެއްކެވުނެވެ.) އެއީ އެކަލޭގެފާނުންގެ ކިބައިން އެންމެހައި ނުބައިކަންތަކާއި ޒިނޭފަދަ فاحش عمل ތިމަންރަސްކަލާނގެ ދުރުކުރެއްވުމަށެވެ. ހަމަކަށަވަރުން އެކަލޭގެފާނީ ތިމަންރަސްކަލާނގެ إخلاص ތެރި އަޅުންގެތެރެއިންވާ ބޭކަލެކެވެ.
-
12:25
وَٱسْتَبَقَا ٱلْبَابَ وَقَدَّتْ قَمِيصَهُۥ مِن دُبُرٍ وَأَلْفَيَا سَيِّدَهَا لَدَا ٱلْبَابِ ۚ قَالَتْ مَا جَزَآءُ مَنْ أَرَادَ بِأَهْلِكَ سُوٓءًا إِلَّآ أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ
Wastabaq̣al baaba wa-q̣addat q̣ameeṣahoo miñ duburiñw waʹalfayaa sayyidahaa ladal baab. Q̣aalat maa- jazaaaʹu man ʹaraada biʹahlika soooʹan ʹillaaa ʹañy yusjana ʹaw ʻaẓaabun ʹaleem?
އަދި އޭގެދެމީހުން ގޭގެދޮރާދިމާއަށް އަވަސްވެގަތެވެ. އަދި އެކަލޭގެފާނުންގެ يعني: يوسف ގެފާނުންގެ ގަމީސްކޮޅު ފުރަގަހުން ވީދިއްޖެއެވެ. (އެއީ يوسف ގެފާނު އެކަމުން ސަލާމަތްވެވަޑައިގަތުމަށް ދުވެވަޑައިގަތުމުން زليخا އެކަލޭގެފާނު އަތުލުމަށް އަވަސްވެގަތްވަގުތު އެކަމަނާއަށް ހިފުނީ ފަހަތުން ނުވަތަ ފުރަގަހުން އެކަލޭގެފާނުންގެ ގަމީސްކޮޅުގައެވެ. އެހެންވެ ގަމީހަށް ވާންވެގެން ވީދައިގެންދިޔައީއެވެ.) އަދި ހަމަ ދިމާވިގޮތުން ދޮރުކައިރިން އެކަމަނާގެ ސާހިބުމީހާ އެބަހީ: އެކަމަނާގެ ފިރިކަލުން އެދެމީހުންނަށް ދިމާވެއްޖެއެވެ. އެހިނދު އެކަމަނާ (ކުށުން ބަރީއަވުމުގެ ގަސްދުގައި) ދަންނަވައިފިއެވެ. ކަލޭގެފާނުންގެ އަންހެނުންނާމެދު ނުބައިކަންތައް ކުރާން ގަސްދުކުރިމީހާގެ جزاء އަކީ يعني: عقوبة އަކީ ޖަލަށްލުންކަމުގައިމެނުވީ ނުވެއެވެ. ނުވަތަ ވޭންދެނިވި عذاب އެއްދިނުމެވެ.
-
12:26
قَالَ هِىَ رَٰوَدَتْنِى عَن نَّفْسِى ۚ وَشَهِدَ شَاهِدٌ مِّنْ أَهْلِهَآ إِن كَانَ قَمِيصُهُۥ قُدَّ مِن قُبُلٍ فَصَدَقَتْ وَهُوَ مِنَ ٱلْكَـٰذِبِينَ
Q̣aala hiya raawadatnee ʻan nafsee wa-shahida shaahidum min ʹahlihaa: ʹiñ kaana q̣ameeṣuhoo q̣udda miñ q̣ubuliñ faṣadaq̣at wa-huwa minal kaaẓibeen!
އެކަލޭގެފާނު يعني: يوسف ގެފާނު ވިދާޅުވިއެވެ. ތިމަންގެ ގަޔަށް ވިޔާނުދާގޮތަށް އަރަންއުޅުއްވީ އެކަމަނާއެވެ. އެވަގުތު އަދި އެކަމަނާގެ أهل ވެރިންކުރެ މީހަކު އެކަމާމެދު ހެކިދީފިއެވެ. (ބުނެވެނީ މިހެކިވެރިޔަކީ ތަންމަތީގައިވާ ވަރަށް ޅަކުއްޖެއްކަމަށެވެ.) އެކުއްޖާ ބުންޏެވެ. އެކަލޭގެފާނުންގެ قميص ކުރިމަތިފަރާތުން ވީދިފައިވާނަމަ އެކަމަނާ އެބުނީ ތެދެކެވެ. އަދި އެކަލޭގެފާނު އެވަނީ ދޮގުވެރިންގެތެރެއިންނެވެ.
-
12:27
وَإِن كَانَ قَمِيصُهُۥ قُدَّ مِن دُبُرٍ فَكَذَبَتْ وَهُوَ مِنَ ٱلصَّـٰدِقِينَ
Wa-ʹiñ kaana q̣ameeṣuhoo q̣udda miñ duburiñ fakaẓabat wa-huwa minaṣ ṣaadiq̣een!
އަދި އެކަލޭގެފާނުންގެ قميص ފުރަގަހުން ވީދިފައިވާނަމަ އެކަމަނާ ދޮގުހެދީއެވެ. އަދި އެކަލޭގެފާނުވަނީ ތެދުވެރިންގެ ތެދުވެރިންގެތެރެއިންނެވެ. (މިކުއްޖާގެ މިހެކިދެއްވުމަކީ ﷲ ދެއްކެވި مُعْجِزَة އެކެވެ. މިހެނީ އެކުއްޖަކީ ހަމަ ވިހެއި ތަންމަތީގައިވާ ވަރަށްކުޑަކުއްޖެކެވެ.)
-
12:28
فَلَمَّا رَءَا قَمِيصَهُۥ قُدَّ مِن دُبُرٍ قَالَ إِنَّهُۥ مِن كَيْدِكُنَّ ۖ إِنَّ كَيْدَكُنَّ عَظِيمٌ
Falammaa raʹaa q̣ameeṣahoo q̣udda miñ duburiñ q̣aala ʹinnahoo miñ kaydikunna! ʹInna kaydakunna ʻaz̤̣eem!
ދެންފަހެ އެކަލޭގެފާނުންގެ قميص ކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުނުހިނދުން އޭނާ އެބަހީ: އެއަންހެންމީހާގެ ފިރިމީހާ ބުންޏެވެ. ހަމަކަށަވަރުން މިކަމަކީ ތިޔަކަނބަލުންގެ މަކަރާއި ރޭވުމެވެ. ހަމަކަށަވަރުން ތިޔަކަނބަލުންގެ މަކަރާއި ރޭވުން ބޮޑުވެގެންވެއެވެ.
-
12:29
يُوسُفُ أَعْرِضْ عَنْ هَـٰذَا ۚ وَٱسْتَغْفِرِى لِذَنۢبِكِ ۖ إِنَّكِ كُنتِ مِنَ ٱلْخَاطِـِٔينَ
Yoosufu ʹaʻriḍ ʻan haaẓaa wastag̣firee liẓambiki ʹinnaki kuñti minal khaaṭiʹeen!
އޭ يوسف އެވެ! ކަލޭ މިކަން ހަނދާންނައްތައިލާށެވެ! މިވާހަކަ ނުދައްކާށެވެ! އަދި (އޭ زليخا އެވެ!) ކަނބުލޭގެ ކަނބުލޭގެ ކުށުގެ ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ހަމަކަށަވަރުން ކަމަނާވަނީ ކުށްވެރިންގެ ތެރެއިންނެވެ.
-
12:30
۞ وَقَالَ نِسْوَةٌ فِى ٱلْمَدِينَةِ ٱمْرَأَتُ ٱلْعَزِيزِ تُرَٰوِدُ فَتَىٰهَا عَن نَّفْسِهِۦ ۖ قَدْ شَغَفَهَا حُبًّا ۖ إِنَّا لَنَرَىٰهَا فِى ضَلَـٰلٍ مُّبِينٍ
Wa-q̣aala niswatuñ fil Madeenatim raʹatul ʻAzeezi turaawidu fataahaa ʻan nafsih: q̣ad shag̣afahaa ḥubbaa: ʹinnaa lanaraahaa fee ḍalaalim mubeen.
އަދި އެރަށުގެ އަންހެނުންތަކެއް ބުންޏެވެ. عزيز ގެ އަނބިކަނބަލުން އޭނާ ގެންގުޅޭ އަޅުކުއްޖަކުގެ نفس އެކަނބުލޭގެ شَهْوَة އަށް ގެނައުމަށް ލަންބަނީއެވެ. އެކުއްޖާގެ ލޯބި އެކަމަނާގެ ހިތުގެ އެންމެއަޑީގައިވާ ދުލިފަށުގައިވެއެވެ. (އެކުއްޖާދެކެ ހިތައިވެއްޖެއެވެ.) ހަމަކަށަވަރުން އަހުރެމެން ދެކެނީ އެކަމަނާ ބަޔާންވެގެންވާ މަގުފުރެދުމެއްގައިވާކަމަށެވެ.
-
12:31
فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَـًٔا وَءَاتَتْ كُلَّ وَٰحِدَةٍ مِّنْهُنَّ سِكِّينًا وَقَالَتِ ٱخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُۥٓ أَكْبَرْنَهُۥ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَـٰشَ لِلَّهِ مَا هَـٰذَا بَشَرًا إِنْ هَـٰذَآ إِلَّا مَلَكٌ كَرِيمٌ
Falammaa samiʻat bimakrihinna ʹarsalat ʹilayhinna wa-ʹaʻtadat lahunna muttakaʹañw waʹaatat kulla waaḥidatim min-hunna sikkeenañw waq̣aalatikh ruj ʻalayhinn. Falammaa raʹaynahooo ʹakbarnahoo wa-q̣aṭṭaʻna ʹaydiyahunna wa-q̣ulna ḥaasha lillaahi maa- haaẓaa basharaa! ʹIn haaẓaaa ʹillaa malakuñ kareem!
ދެންފަހެ އެކަނބަލުންގެ މަލާމާތުގެ އަޑު عزيز ގެ އަނބިކަނބަލުން އެއްސެވިހިނދުން އެކަމަނާ އެކަނބަލުންނަށް دعوة އެއް ދެއްވައިފިއެވެ. (ޕާޓީއެއް ހަދައިފިއެވެ. އެއީ ކެއުމުގެ ޕާޓީއެކެވެ.) އަދި އެކަނބަލުން ރަނގަޅަށް ލެނގިލައިގެން ތިބެވޭފަދަ ތަނެއް ތައްޔާރުކުރެއްވިއެވެ. ވަޅިން ކަނޑައިގެން ކެވޭކަހަލަ އެއްޗެއް ވަޅިން ކަނޑައިގެން ކެއުމަށް ތައްޔާރުކުރެއްވިއެވެ. އަދި އެއިން ކޮންމެ ބޭކަނބަލަކަށް ތުނިފިޔޮއްސެއް ނުވަތަ ވަޅިއެއް ދެއްވައިފިއެވެ. (އަދި އެކަނބަލުން އޭތި ވަޅިން ކަނޑައިގެން ކާންފެށުމުން - އެކަމަނާ يوسف ގެފާނަށް ދެންނެވިއެވެ.) ކަލޭގެފާނު އެކަނބަލުންގެތެރެއަށް ނުކުމެވަޑައިގަންނަވާށެވެ! (ދެން އެކަލޭގެފާނު އެކަނބަލުންގެތެރެއަށް ނުކުމެވަޑައިގެންފިއެވެ.) އަދި އެކަނބަލުންނަށް އެކަލޭގެފާނު ފެނުނުހިނދުން އެކަލޭގެފާނުންގެ ހުރި ފުރިހަމަކަމާ ރީތިކަމާއި މާތްކަން އެކަނބަލުންނަށް ބޮޑުވެއްޖެއެވެ. (އަތުގައި އޮތްވަޅިން ކޮށެމުން ފޮތިވަމުން ދަނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ.) އެކަނބަލުންގެ އަތްތައްވެސް ކޮށީއެވެ. އަދި އެކަނބަލުން (عجائب ވެ އަންތަރީސްވެގެން) ބުނީ حاش لله އެވެ. (އެބަހީ: ﷲ ގެހުސް طَاهِرُ ވަންތަކަމާއިއެވެ! މިފަދައިންނެވެ. މިއީ آدم ގެ ދަރިއެއްނޫނެވެ. މާތްވެގެންވާ މަލާއިކަތްބޭކަލަކު ކަމުގައި މެނުވީ މިކަލޭގެފާނު ނުވެއެވެ.
-
12:32
قَالَتْ فَذَٰلِكُنَّ ٱلَّذِى لُمْتُنَّنِى فِيهِ ۖ وَلَقَدْ رَٰوَدتُّهُۥ عَن نَّفْسِهِۦ فَٱسْتَعْصَمَ ۖ وَلَئِن لَّمْ يَفْعَلْ مَآ ءَامُرُهُۥ لَيُسْجَنَنَّ وَلَيَكُونًا مِّنَ ٱلصَّـٰغِرِينَ
Q̣aalat faẓaalikunnal laẓee lumtunnanee feeh! Wa-laq̣ad raawattuhoo ʻan nafsihee fastaʻṣam! Wa-laʹil lam yafʻal maaa ʹaamuruhoo layusjananna wa-layakoonam minaṣ ṣaag̣ireen!
އެކަމަނާ يعني: عزيز ގެ އަނބިކަނބަލުން ބުންޏެވެ. އެމީހަކާއިމެދު ކަލޭމެން އަހުރެންނަށް މަލާމާތްކުރާ މީހަކީ އެއީއެވެ. (ކަލޭމެނަށްވީވަރު ތިޔަހުރީއެވެ.) އަދި ހަމަކަށަވަރުން އެކަލޭގެފާނުގެ ގައިކޮޅަށް ވިޔާނުދާގޮތަށް އަރަންއުޅުނީ އަހުރެންނެވެ. ފަހެ އެކަމުން އޭނާ މަނާވެ ރައްކާތެރިވެގެންނެވީއެވެ. އަދި އޭނާ އަހުރެން އޭނާއަށް އަމުރުކުރާކަމެއް ނުކުރިއްޔާ ހަމަކަށަވަރުން އޭނާ ޖަލަށް ލެވޭނެއެވެ. ނުވަތަ ހަމަކަށަވަރުން އޭނާވާހުށީ ނިކަމެތި ދެރަމީހުންގެތެރެއިންނެވެ.
-
12:33
قَالَ رَبِّ ٱلسِّجْنُ أَحَبُّ إِلَىَّ مِمَّا يَدْعُونَنِىٓ إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّى كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ ٱلْجَـٰهِلِينَ
Q̣aala Rabbis sijnu ʹaḥabbu ʹilayya mimmaa yadʻoonaneee ʹilayh: wa-ʹillaa taṣrif ʻannee kaydahunna ʹaṣbu ʹilayhinna wa-ʹakum minal jaahileen.
އެކަލޭގެފާނު ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! އެމީހުން އެކަމަކަށް މިއަޅާގެ ކިބައިން އެއެދިގޮވާ ކަންތަކަށްވުރެ ޖަލު މިއަޅާއަށް މާލޯބިވެތިކަންބޮޑެވެ. އަދި އިބަރަސްކަލާނގެ އެކަނބަލުންގެ މަކަރާއި ރޭވުން މިއަޅާގެ ކިބައިން ދުރުނުކުރެއްވިއްޔާ މިއަޅާ އެކަނބަލުންގެ ފަރާތަށް ލެބޭނެއެވެ. އަދި މިއަޅާވާހުށީ ޖާހިލުންގެތެރެއިންނެވެ."
-
12:34
فَٱسْتَجَابَ لَهُۥ رَبُّهُۥ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
Fastajaaba lahoo Rabbuhoo faṣarafa ʻanhu kaydahunn: ʹinnahoo Huwas Sameeʻul ʻAleem.
ފަހެ އެކަލޭގެފާނަށް يعني: يوسف (عليه السّلام) އަށް އެކަލޭގެފާނުންގެ ربّ އިޖާބަކުރައްވައިފިއެވެ. އަދި އެކަލޭގެފާނުންގެ ފަރާތުން އެކަނބަލުންގެ މަކަރާއި ރޭވުން އެކަލާނގެ ދުރުކޮށްދެއްވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
12:35
ثُمَّ بَدَا لَهُم مِّنۢ بَعْدِ مَا رَأَوُا۟ ٱلْـَٔايَـٰتِ لَيَسْجُنُنَّهُۥ حَتَّىٰ حِينٍ
S̤umma badaa lahum mim baʻdi maa- raʹawul ʹAayaati layasjununnahoo ḥattaa ḥeen.
ދެން އެމީހުންނަށް އެބަހީ عزيز އަށް އެފެނުނު دليل ތައް ފެނުމަށްފަހު ދެން ފެނުނީ މުއްދަތަކަށް އެކަލޭގެފާނު ޖަލަށްލުމަށެވެ.
-
12:36
وَدَخَلَ مَعَهُ ٱلسِّجْنَ فَتَيَانِ ۖ قَالَ أَحَدُهُمَآ إِنِّىٓ أَرَىٰنِىٓ أَعْصِرُ خَمْرًا ۖ وَقَالَ ٱلْـَٔاخَرُ إِنِّىٓ أَرَىٰنِىٓ أَحْمِلُ فَوْقَ رَأْسِى خُبْزًا تَأْكُلُ ٱلطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِۦٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ
Wa-dakhala maʻa hussijna fatayaan. Q̣aala ʹaḥaduhumaaa ʹinneee ʹaraaneee ʹaʻṣiru khamraa. Wa-q̣aalal ʹaakharu ʹinneee ʹaraaneee ʹaḥmilu fawq̣a raʹsee khubzañ taʹkuluṭ ṭayru minh. Nabbiʹnaa bitaʹweelih: ʹinnaa naraaka minal Muḥsineen.
(ދެން يوسف عليه السّلام ޖަލަށްލެވުނީއެވެ.) އަދި އެކަލޭގެފާނާއެކު އެހެން ދެޒުވާނުންވެސް ޖަލަށްވަނެވެ. (އެއީ އެދެމީހުންކޮށްފައިވާ ކޮންމެވެސް ކުށެއްގެ ސަބަބުންނެވެ.) އެތަނުން އެކަކަށް ޖަލުގައިތިބިދުވަސްވަރު ހުވަފެނެއް ފެނުނެވެ. އެމީހާ ދެންނެވިއެވެ. އޭ يوسف އެވެ. ތިމަންނައަށް ހުވަފެނުން ފެނުނީ މޭބިސްކަދުރު ފެލާތީއެވެ. އަދި އަނެއްމީހާވެސް ހުވަފެނެއް ފެނިގެން ދެންނެވިއެވެ. ތިމަންނައަށް ހުވަފެނުން ފެންނަނީ ތިމަންގެ ބޯމަތީގައި ބަހައްޓައިގެން ރޮށިއުފުލާތީއެވެ. އަދި އެއިން ކާޅުތައް ކައެވެ. (އޭ يوسف އެވެ.) ތިމަންމެންނަށް ތިމަންމެންގެ މިހުވަފެނުގެ تعبير ކޮށްދެއްވާ ބައްލަވާށެވެ! ހަމަކަށަވަރުން ތިމަންމެން ދެކޭގޮތުގައި ކަލޭގެފާނުވަނީ إحسان ތެރިންގެތެރެއިންނެވެ.
-
12:37
قَالَ لَا يَأْتِيكُمَا طَعَامٌ تُرْزَقَانِهِۦٓ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِۦ قَبْلَ أَن يَأْتِيَكُمَا ۚ ذَٰلِكُمَا مِمَّا عَلَّمَنِى رَبِّىٓ ۚ إِنِّى تَرَكْتُ مِلَّةَ قَوْمٍ لَّا يُؤْمِنُونَ بِٱللَّهِ وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ
Q̣aala laa- yaʹteekumaa ṭaʻaamuñ turzaq̣aaniheee ʹillaa nabbaʹtukumaa bitaʹweelihee q̣abla ʹañy yaʹtiyakumaa: ẓaalikumaa mimmaa ʻallamanee Rabbee. ʹInnee taraktu millata q̣awmil laa yuʹminoona billaahi wa-hum̃ bil-ʹAakhirati hum kaafiroon.
އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ދެމީހުންނަށް ކާނާގެނައުމުގެ ކުރިން ތިމަންކަލޭގެފާނުން ތިޔަ ދެހުވަފެނުގެ تفسير ކަލޭމެންނަށް ކިޔައިދޭހުށީމެވެ. މިތިބަ ދެމީހުންނޭވެ. އެކަމަކީ އެބަހީ: ހުވަފެހުގެ تفسير ކުރާ علم އަކީ ތިމަންކަލޭގެފާނުންގެ ربّ ތިމަންކަލޭގެފާނަށް އުގަންނަވައިދެއްވިތަކެތީގެތެރެއިންވާ علم އެކެވެ. ހަމަކަށަވަރުން ﷲ އަށާއި آخرة ދުވަހަށް އީމާންނުވާ ބަޔަކުގެ دين ތިމަންކަލޭގެފާނު ދޫކޮށްލީއެވެ. އަދި ކަނޑައެޅިގެން އެމީހުންވަނީ آخرة ދުވަހަށް ކާފަރުވެގެންނެވެ.
-
12:38
وَٱتَّبَعْتُ مِلَّةَ ءَابَآءِىٓ إِبْرَٰهِيمَ وَإِسْحَـٰقَ وَيَعْقُوبَ ۚ مَا كَانَ لَنَآ أَن نُّشْرِكَ بِٱللَّهِ مِن شَىْءٍ ۚ ذَٰلِكَ مِن فَضْلِ ٱللَّهِ عَلَيْنَا وَعَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ
Wattabaʻtu Millata ʹaabaaaʹeee ʹIbraaheema wa-ʹIsḥaaq̣a wa-Yaʻq̣oob; maa- kaana lanaaa ʹan nushrika billaahi miñ shayʹ: ẓaalika miñ faḍlil laahi ʻalaynaa wa-ʻalan naasi wa-laakinna ʹaks̤aran naasi laa- yashkuroon.
އަދި ތިމަންކަލޭގެފާނު تبع ވީ ތިމަންކަލޭގެފާނުންގެ ކާބަފައިންކަލުންކަމުގައިވާ إبراهيم އާއި إسحاقُ އާއި އަދި يعقوب (عليهم السّلام) މި ބޭބޭކަލުންގެ مِلَّة އާއިއެވެ. އެބޭކަލުންގެ دين އާއެވެ. އަދި އެއްވެސް ގޮތަކުން އެއްވެސް އެއްޗަކާއި ﷲ އާއި شريك ކުރުމީ ތިމަންބޭކަލުންގެ މައްޗަށް ހުއްދަކަމެއްނޫނެވެ. އެއީ ތިމަންބޭކަލުންގެ މައްޗަށާއި އަދި މީސްތަކުންގެމައްޗަށްވާ ﷲ ގެ فضل ވަންތަކަމެވެ. އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުން (ﷲ އަށް) شكر ނުކުރެއެވެ.
-
12:39
يَـٰصَـٰحِبَىِ ٱلسِّجْنِ ءَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ
Yaa-ṣaaḥibayis sijni ʹaʹarbaabum mutafarriq̣oona khayrun ʹamil laahul Waaḥidul Q̣ahhaar?
އޭ އަހުރެންގެ ޖަލުގެ ދެއެކުވެރިންނޭވެ! ހެޔޮވެގެންވަނީ ވަކިވަކިވެ ބައިބައިވެގެންވާ رَبُّ ންތަކެއް ހެއްޔެވެ؟ ނުވަތަ އެއްކައުވަންތަ އަދި ހުރިހާއެއްޗެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ގަދަފަދަވަންތަ ﷲ ހެއްޔެވެ؟ (ދަންނައެވެ! މިއީ يوسف عليه السّلامގެ ފުރަތަމަ ދީނަށްގޮވާލެއްވުން ކަމުގައި ފެނެއެވެ.)
-
12:40
مَا تَعْبُدُونَ مِن دُونِهِۦٓ إِلَّآ أَسْمَآءً سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۚ أَمَرَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Maa- taʻbudoona miñ dooniheee ʹillaaa ʹasmaaaʹañ sammaytumoohaaa ʹañtum wa-ʹaabaaaʹukum maaa ʹañzalal laahu bihaa miñ sulṭaan: ʹinil Ḥukmu ʹillaa lillaah: ʹamara ʹallaa taʻbudooo ʹillaaa ʹiyyaah: ẓaalikad Deenul Q̣ayyimu wa-laakinna ʹaks̤aran naasi laa- yaʻlamoon.
އެކަލާނގެ ފިޔަވައި ހަމަ ހުސްނަންތަކަކަށްމެނުވީ ކަލޭމެން އަޅުކަންކުރާކަމުގައި ނުވެއެވެ. އެނަންތަކަކީ ކަލޭމެންނާއި ކަލޭމެންގެ ކާބަފައިން ކިޔާފައިވާ ހުސް ނަންތަކެވެ. އެތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ އެއްވެސް دليل އެއް حجّة އެއް ﷲ ބާވައިނުލައްވައެވެ. އަދި (އަޅުތަކުންގެމެދުގައި) حكم ކުރެއްވުން ﷲ އަށްމެނުވީ ނުވެއެވެ. އެކަލާނގެ أمر ކުރައްވާފައިވަނީ އެކަލާނގެ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށެވެ. ސީދާވެގެންވާ ތެދުގޮތަކީ އެއީއެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.
-
12:41
يَـٰصَـٰحِبَىِ ٱلسِّجْنِ أَمَّآ أَحَدُكُمَا فَيَسْقِى رَبَّهُۥ خَمْرًا ۖ وَأَمَّا ٱلْـَٔاخَرُ فَيُصْلَبُ فَتَأْكُلُ ٱلطَّيْرُ مِن رَّأْسِهِۦ ۚ قُضِىَ ٱلْأَمْرُ ٱلَّذِى فِيهِ تَسْتَفْتِيَانِ
Yaa-ṣaaḥibayis sijni ʹammaaa ʹaḥadukumaa fayasq̣ee rabbahoo khamraa: wa-ʹammal ʹaakharu fayuṣlabu fataʹkuluṭ ṭayru mir raʹsih. Q̣uḍiyal ʹamrul laẓee feehi tastaftiyaan.
އޭ ޖަލުގެ އަހުރެންގެ ދެއެކުވެރިންނޭވެ! ކަލޭމެން ދެމީހުންކުރެން ފުރަތަމަމީހާގެ ހުވަފެނުގެ تفسير އަކީ ފަހެ އެމީހާ އެމީހާގެ ސާހިބުމީހާއަށް އެބަހީ: ރަސްގެފާނަށް ރާބޯންދޭނެއެވެ. (އެބަހީ: ރަސްގެފާނަށް ރާތަށިކޮޅު އެރުވުމުގެ مقام އަށް عَيَّن ކުރެވޭނެއެވެ. އެއީ އޭނާގެ ހުވަފެނުގެ تفسير އެވެ.) އަދި އަނެއްމީހާ ދަންނައެވެ! އެމީހާގެ ކުށުގެ އަދަބަށް ދަންޖައްސައި صليب އަށް ލެވޭނެއެވެ. އަދި އޭނާގެ ގައިގެ މަސް ދޫނިތައް އައިސް ކައިހަދާނެއެވެ. އެއީ އޭނާގެ ހުވަފެނުގެ تفسير އެވެ. އެއީ ހުވަފެނުގައި ބޯމަތީބަހައްޓައިގެން ރޮށި އުފުލިމީހާއެވެ. ފަހެ ކަލޭމެން ދެމީހުން فتوى ހޯދަންއުޅުނު ދެކަންތަކުގެ މައްސަލަ އެގޮތަށް ވެނިމޭނެއެވެ. އެދެހުވަފެނުގެ تفسير އަކީ އެއީއެވެ.
-
12:42
وَقَالَ لِلَّذِى ظَنَّ أَنَّهُۥ نَاجٍ مِّنْهُمَا ٱذْكُرْنِى عِندَ رَبِّكَ فَأَنسَىٰهُ ٱلشَّيْطَـٰنُ ذِكْرَ رَبِّهِۦ فَلَبِثَ فِى ٱلسِّجْنِ بِضْعَ سِنِينَ
Wa-q̣aala lillaẓee z̤̣anna ʹannahoo naajim minhumaẓ kurnee ʻiñda rabbik. Faʹañsaahush Shayṭaanu ẓikra rabbihee falabis̤a fis sijni biḍʻa sineen.
އަދި އެދެމީހުންކުރެ އެކަލޭގެފާނަށް އެމީހާ ސަލާމަތްވާނެކަމަށް ހީފުޅުވީމީހާއަށް އެކަލޭގެފާނު يعني: يوسف عليه السّلام ވިދާޅުވިއެވެ. ކަލޭ ސަލާމަތްވެގެންގޮސް ރަސްގެފާނުގާތު އަހުރެންގެ ވާހަކަ ހަނދާންކޮށްދޭށެވެ! (އަހުރެންވެސް މިޖަލުން ނެރެދޭތޯ ދަންނަވާށެވެ!) ދެންފަހެ އެމީހާ ސަލާމަތްވެގެންގޮސް އެވާހަކަ އޭނާގެ ސާހިބުމީހާގާތު ދަންނަވާ ހަނދާންކޮށްދިނުން ސައިތާނާ އޭނާއަށް ހަނދާންނެތިކޮށްދީފިއެވެ. ދެންފަހެ ތިނަކާ ދިހަޔަކާ ދެމެދުގެ އަހުރުތަކުގެތެރެއިން އަހަރުތަކެއްގައި އެކަލޭގެފާނު ޖަލުގައި ހުންނަވައިފިއެވެ. يوسف عليه السّلام ޖަލުގައި ހުންނެވިކަމަށްވަނީ ހަތްއަހަރުގައެވެ. والله أعلم.
-
12:43
وَقَالَ ٱلْمَلِكُ إِنِّىٓ أَرَىٰ سَبْعَ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنۢبُلَـٰتٍ خُضْرٍ وَأُخَرَ يَابِسَـٰتٍ ۖ يَـٰٓأَيُّهَا ٱلْمَلَأُ أَفْتُونِى فِى رُءْيَـٰىَ إِن كُنتُمْ لِلرُّءْيَا تَعْبُرُونَ
Wa-q̣aalal maliku ʹinneee ʹaraa sabʻa baq̣araatiñ simaaniñy yaʹkuluhunna sabʻun ʻijaafuñw Wasabʻa sumbulaatin khuḍriñw waʹukhara yaabisaat. Yaaaʹayyuhal malaʹu ʹaftoonee fee ruʹyaaya ʹiñ kuñtum lirruʹyaa taʻburoon.
އަދި (އޭރުހުރި مصر ގެ) ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެންނަށް ހުވަފެނުގައި ފަލަ ހަތްގެރި ފެނުނެވެ. އަދި ހިމަ އަނަރޫފަ ހަތްގެރި އައިސް އެފަލަ ހަތްގެރިކައެވެ. އަދި ފެހިކުލައިގެ ތާޒާ ހަތްކުރާގަނޑާއި އަދި އެހެން ހިކިހަތްކުރާގަނޑު ދުށީމެވެ. އޭ އަހުރެންގެ قوم ގެ ބޮޑެތި މާތްމީހުންނޭވެ! ކަލޭމެންނަކީ ހުވަފެން تعبير ކުރާ ބަޔަކުކަމުގައި ވަންޏާ އަހުރެންގެ މިހުވަފެނުގެ تعبير އެބަހީ: އޭގެ فتوى ދީބަލާށެވެ!
-
12:44
قَالُوٓا۟ أَضْغَـٰثُ أَحْلَـٰمٍ ۖ وَمَا نَحْنُ بِتَأْوِيلِ ٱلْأَحْلَـٰمِ بِعَـٰلِمِينَ
Q̣aalooo ʹaḍg̣aas̤u ʹaḥlaam: Wa-maa naḥnu bitaʹweelil ʹaḥlaami biʻaalimeen.
އެމީހުން ދެންނެވިއެވެ. ތިޔައީ ނިދުމުގެތެރޭގައި ފެންނަ ދޮގު އަދި ތާކުންތާކުނުޖެހޭ ބޭކާރުތަކެއްޗެވެ. އެބާވަތުގެ ދޮގު އަދި ތާކުންތާކު ނުޖެހޭ ތަކެތީގެ تفسير ދަންނަބަޔަކުކަމުގައި އަހުރެމެން ނުވަމުއެވެ. އެމީހުންނަށް އޭގެ تفسير އެއް ނޭނގުނެވެ.
-
12:45
وَقَالَ ٱلَّذِى نَجَا مِنْهُمَا وَٱدَّكَرَ بَعْدَ أُمَّةٍ أَنَا۠ أُنَبِّئُكُم بِتَأْوِيلِهِۦ فَأَرْسِلُونِ
Wa-q̣aalal laẓee najaa minhumaa waddakara baʻda ʹummatin ʹana ʹunabbiʹukum̃ bitaʹweelihee faʹarsiloon.
އަދި އެދެމީހުންކުރެ (އެބަހީ: ޖަލުގައި ހުވަފެންފެނިގެން އޭގެ تفسير ކުރެވުނު ދެމީހުންކުރެ) ސަލާމަތްވީމީހާ އެތައްދުވަހަކު (يوسف عليه السّلام ވިދާޅުވިވާހަކަ ހަނދާންނެތި ހުރުމަށްފަހު) ހަނދާންވެއްޖެއެވެ. އެބަހީ: يوسف عليه السّلام ގެމަތިން ހަނދާންވެއްޖެއެވެ. އޭނާ ރަސްގެފާނަށް ދަންނަވައިފިއެވެ. އަހުރެން މަނިކުފާނަށް އެހުވަފެނުގެ تفسير ކޮށްދީފާނަމެވެ. ފަހެ ކަލޭމެން އަހުރެން (ޖަލަށް) ފޮނުވައިދޭށެވެ! (ދެން އެމީހާ ޖަލަށްގޮސް يوسف عليه السّلام އަށް އެހުވަފެނުގެ تفسير ކޮށްދެއްވުމަށް އެދިދަންނަވަނީއެވެ. އޭނާ ދެންނެވިއެވެ.)
-
12:46
يُوسُفُ أَيُّهَا ٱلصِّدِّيقُ أَفْتِنَا فِى سَبْعِ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعِ سُنۢبُلَـٰتٍ خُضْرٍ وَأُخَرَ يَابِسَـٰتٍ لَّعَلِّىٓ أَرْجِعُ إِلَى ٱلنَّاسِ لَعَلَّهُمْ يَعْلَمُونَ
Yoosufu ʹayyuhaṣ Ṣiddeeq̣u ʹaftinaa fee sabʻi baq̣araatiñ simaaniñy yaʹkuluhunna sabʻun ʻijaafuñw Wasabʻi sumbulaatin khuḍriñw waʹukhara yaabisaatil laʻalleee ʹarjiʻu ʹilan naasi laʻallahum yaʻlamoon.
އޭ يوسف (عليه السّلام) އެވެ. އޭ ތެދުވެރިޔާއެވެ. ފަލަ ހަތްގެރިޔާމެދު ކަލޭގެފާނު އަހުރެމެންނަށް فتوى ދެއްވައިބަބައްލަވާށެވެ. އެފަލަހަތްގެރި އަނަރޫފަ ހިމަ ހަތްގެރި އައިސްކަނީއެވެ. އަދި ފެހިތާޒާ ހަތްކުރާގަނޑާއި އަދި އެހެން ހިކި ހަތްކުރާގަނޑެވެ. (މިއީ ރަސްގެފާނު ދެކެވަޑައިގަތް ހުވަފެންފުޅެވެ. ފަހެ ކަލޭގެފާނު މިހުވަފެނުގެ تفسير ނުވަތަ އެއިން މުރާދުކުރެވޭ މާނައެއް ވިދާޅުވެދެއްވާބަލައްވާށެވެ.) އަހުރެން މީސްތަކުންގެ ގާތަށް (އެ تفسير އާއިގެން) ދިއުމުގެ أمّيد ގައެވެ. އޭރުން އެމީހުންނަށް އެނގިދާނެއެވެ.
-
12:47
قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِى سُنۢبُلِهِۦٓ إِلَّا قَلِيلًا مِّمَّا تَأْكُلُونَ
Q̣aala tazraʻoona sabʻa sineena daʹabaa: famaa ḥaṣattum faẓaroohu fee sumbuliheee ʹillaa q̣aleelam mimmaa taʹkuloon.
އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ: يوسف (عليه السّلام) ވިދާޅުވިއެވެ. ކަލޭމެން އާދަވެގެން ކުރާގޮތަށް ހަތްއަހަރު ދަނޑުގޮވާން ކުރާށެވެ. ފަހެ ކަލޭމެންނަށް ހެއްދުނު އެއްޗެއް އޭތި އޭގެ ކުރާގަނޑުގައި ބަހައްޓާށެވެ. އޭގެތެރެއިން ކަލޭމެން ކާން ބޭނުންކުރާ މަދުއެތިކޮޅެއް މެނުވީއެވެ.
-
12:48
ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ سَبْعٌ شِدَادٌ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلَّا قَلِيلًا مِّمَّا تُحْصِنُونَ
S̤umma yaʹtee mim baʻdi ẓaalika sabʻuñ shidaaduñy yaʹkulna maa- q̣addamtum lahunna ʹillaa q̣aleelam mimmaa tuḥṣinoon.
ދެން އޭގެފަހުގައި ގަދަފަދަ ތަދުމަޑު ހަތްއަހަރު އަންނާނެއެވެ. އެއަހަރުތަކުގައި ކަލޭމެން ކާނީ ކުރީއަހަރުތަކުގައި ބަހައްޓާފައިވާ ތަކެއްޗެވެ.
-
12:49
ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ عَامٌ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعْصِرُونَ
S̤umma yaʹtee mim baʻdi ẓaalika ʻaamuñ feehi yug̣aas̤un naasu wa-feehi yaʻṣiroon.
ދެން އޭގެފަހުގައި އަހަރެއް އަންނާނެއެވެ. އެއަހަރުގައި މީސްތަކުންނަށް ވާރޭފެން ލިބޭނެއެވެ. އަދި އެއަހަރު މީސްތަކުން (މޭބިސްކަދުރު ފަދަތަކެތި) ފެލާނެއެވެ. (ތިޔާގިވާނެއެވެ.) ދެން އެމީހާ އައިސް ރަސްގެފާނަށް އެ تفسير ކިޔައިދީފިއެވެ.
-
12:50
وَقَالَ ٱلْمَلِكُ ٱئْتُونِى بِهِۦ ۖ فَلَمَّا جَآءَهُ ٱلرَّسُولُ قَالَ ٱرْجِعْ إِلَىٰ رَبِّكَ فَسْـَٔلْهُ مَا بَالُ ٱلنِّسْوَةِ ٱلَّـٰتِى قَطَّعْنَ أَيْدِيَهُنَّ ۚ إِنَّ رَبِّى بِكَيْدِهِنَّ عَلِيمٌ
Wa-q̣aalal malikuʹ toonee bih. Falammaa jaaaʹahur rasoolu q̣aalar jiʻ ʹilaa rabbika fasʹalhu maa- baalun niswatil laatee q̣aṭṭaʻna ʹaydiyahunn? ʹInna Rabbee bikaydihinna ʻAleem.
އަދި ރަސްގެފާނު ވިދާޅުވިއެވެ. ކަލޭމެން އެކަލޭގެފާނު يعني: يوسف ގެފާނު ތިމަންކަލޭގެފާނު އަރިހަށް ގެންނާށެވެ! (ދެންފަހެ ރަސްގެފާނު އެކަލޭގެފާނުންގެ އަރިހަށް މީހަކު ފޮނުއްވިއެވެ.) ފަހެ އެފޮނުއްވި މީހާ އެކަލޭގެފާނުންގެ އަރިހަށް ދިއުމުން އެކަލޭގެފާނު ވިދާޅުވިއެވެ. (އެބަހީ يوسف ގެފާނުވިދާޅުވިއެވެ.) "ކަލޭ ކަލޭގެ ސާހިބުމީހާގާތަށް ދާށެވެ! އެބަހީ: ރަސްގެފާނުންގެއަރިހަށް ދާށެވެ! އަދި އެމަނިކުފާނަށް ދަންނަވާށެވެ! އެކަނބަލުންގެ އަތްތައް ކޮށި އަންހެނުންގެ مقصد އަކީ ކޮބައިތޯ އެކަނބަލުންކުރެ އައްސަވާށޭ އެރަސްގެފާނަށް ދަންނަވާށެވެ." (ދެން އެމީހާ އަނބުރާ އައިސް އެވާހަކަ ރަސްގެފާނަށް ދެންނެވުމުން އެރަސްގެފާނު އެކަނބަލުން ގެންނަވާ ވިދާޅުވިއެވެ.)
-
12:51
قَالَ مَا خَطْبُكُنَّ إِذْ رَٰوَدتُّنَّ يُوسُفَ عَن نَّفْسِهِۦ ۚ قُلْنَ حَـٰشَ لِلَّهِ مَا عَلِمْنَا عَلَيْهِ مِن سُوٓءٍ ۚ قَالَتِ ٱمْرَأَتُ ٱلْعَزِيزِ ٱلْـَٔـٰنَ حَصْحَصَ ٱلْحَقُّ أَنَا۠ رَٰوَدتُّهُۥ عَن نَّفْسِهِۦ وَإِنَّهُۥ لَمِنَ ٱلصَّـٰدِقِينَ
Q̣aala maa- khaṭbukunna ʹiẓ raawattunna Yoosufa ʻan nafsih? Q̣ulna Ḥaasha lillaahi maa- ʻalimnaa ʻalayhi miñ soooʹ! Q̣aalatim raʹatul ʻAzeezil ʹaana ḥaṣḥaṣal ḥaq̣q̣: ʹana raawattuhoo ʻan nafsihee wa-ʹinnahoo laminaṣ Ṣaadiq̣een.
ކަލޭމެން يوسف ގެފާނުންގެ نفس ފުޅު شهوة ގެފަރާތަށް ލެންބުމުގެ مقصد އަކީ ފަހެ ކޮބައިހެއްޔެވެ؟ އެކަލޭގެފާނުންގެ ކުށަކީ ކޮބައިހެއްޔެވެ؟ އެކަނބަލުން ދެންނެވިއެވެ. ﷲ ގެ حضرة ން ސަލާމަތްއެދެމެވެ. އެކަލޭގެފާނުންގެ ފަރާތުން އެއްވެސް ކުށެއް ނުބައެއް އަހުރެމެންނަކަށް އެނގިގެން ނުވެއެވެ. عزيز ގެ އަނބިކަނބަލުން ވިދާޅުވިއެވެ. މިހާރު حقّ ފައުޅުވެ بيان ވީއެވެ. އެކަލޭގެފާނުންގެ نفس ފުޅު ލަންބައި فاحش ކަމުގެތެރެއަށް ގެނައުމަށް މަސައްކަތްކުރީ އަހުރެންނެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނުވަނީ ކަނޑައެޅިގެން ތެދުވެރިންގެތެރެއިންނެވެ.
-
12:52
ذَٰلِكَ لِيَعْلَمَ أَنِّى لَمْ أَخُنْهُ بِٱلْغَيْبِ وَأَنَّ ٱللَّهَ لَا يَهْدِى كَيْدَ ٱلْخَآئِنِينَ
Ẓaalika liyaʻlama ʹannee lam ʹakhunhu bilg̣aybi wa-ʹannal laaha laa- yahdee kaydal khaaaʹineen.
އެގޮތަކީ މިވާހަކަ އަހުރެންމިބަޔާންކުރަނީ ހަމަކަށަވަރުން އަހުރެންނަކީ އަހުރެންގެ ފިރިމީހާ ނެތް غيب ގައި އޭނާޔަށް خيانة ތެރިނުވާ މީހެއްކަން އޭނާއަށް އެންގުމަށެވެ. އަދި ހަމަކަށަވަރުން خيانة ތެރިންގެ މަކަރާއި ރޭވުން ﷲ ކާމިޔާބު ނުކުރައްވައެވެ.) މިއީ عزيز ގެ އަނބިކަނބަލުން زليخا ގެ ވާހަކަ ކަމުގައިވެއެވެ. އަދި ދެން އަންނަ އާޔަތުގައިވެސް އެވަނީ އެކަމަނާގެ ވާހަކަކަމުގައިވިއެވެ. (\nދަންނައެވެ! މިއާޔަތުގެ تفسير ގައި مفسّر ންގެ ބަސް ވަރަށްތަފާތެވެ. އެއާޔަތުގައި އެވާ ވާހަކައަކީ يوسف عليه السّلام ދެއްކެވި ވާހަކަފުޅެއްކަމުގައި ބައެއް ބޭކަލުން ވިދާޅުވިއެވެ. އަޅުގަނޑު ލިޔެފައި އެވަނީ تفسير ابن كثير ގައި رَاجِعُ ކުރައްވާފައިވާ ގޮތެވެ. އެގޮތް ބާވައިލެއްވުމުގެ سياق އާއި ގުޅުން ބޮޑުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. (والله أعلم)