Back to Quran

ޖުޒްއު

Juz 11

9:93 ... 11:5 · 151 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

  1. Surah At-TawbahBegins here at 9:93

  2. 9:93

    ۞ إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَسْتَـْٔذِنُونَكَ وَهُمْ أَغْنِيَآءُ ۚ رَضُوا۟ بِأَن يَكُونُوا۟ مَعَ ٱلْخَوَالِفِ وَطَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَعْلَمُونَ

    ʹInnamas sabeelu ʻalal laẓeena yastaʹẓinoonaka wa-hum ʹag̣niyaaaʹ. Raḍoo biʹañy yakoonoo maʻal khawaalifi waṭabaʻal laahu ʻalaa q̣uloobihim fahum laa- yaʻlamoon.

    ކުށްވެރިވެ عقوبة ލިބޭނެމަގެއް އޮތްކަން ކަށަވަރުވާ ބަޔަކީ އެބަޔަކު ފޯރުންތެރި މުއްސަނދިންކަމުގައިވާ حال (ހަނގުރާމައަށް ނުގޮސްތިބުމަށް) ކަލޭގެފާނުންގެ އަރިހުން އިޒުނަ އެދޭމީހުންނެވެ. (އަދި އެކިއެކި عذر އާއިހުރެ) ހަނގުރާމައަށް ނުގޮސްތިބި މީހުންނާއިއެކު ތިބުމަށް އެބައިގައިވުމަށް އެމީހުން ރުހުނުމީހުންނެވެ. އަދި ﷲ تعالى އެމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައިފިއެވެ. (އެއީ އެމީހުންގެ ފާފައިގެ ސަބަބުންނެވެ. ފަހެ އެމީހުންނަކަށް (އެކަމުގައި ހުރި ފާފަޔާއި ގެއްލުމެއް) ނޭނގެއެވެ.

  3. 9:94

    يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ ۚ قُل لَّا تَعْتَذِرُوا۟ لَن نُّؤْمِنَ لَكُمْ قَدْ نَبَّأَنَا ٱللَّهُ مِنْ أَخْبَارِكُمْ ۚ وَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُۥ ثُمَّ تُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

    Yaʻtaẓiroona ʹilaykum ʹiẓaa rajaʻtum ʹilayhim. Q̣ul laa taʻtaẓiroo lan nuʹmina lakum q̣ad nabbaʹanal laahu min ʹakhbaarikum: wa-sayaral laahu ʻamalakum wa-Rasooluhoo s̤umma turaddoona ʹilaa ʻAalimil g̣aybi washshahaadati fayunabbiʹukum̃ bimaa kuñtum taʻmaloon.

    (އޭ مؤمن ންނޭވެ!) ކަލޭމެން ހަނގުރާމައިން ނިމިގެން އެ منافق ންގެ ގާތަށް (ރަށަށް) އަތުވެއްޖެއްޔާ އެމީހުން ކަލޭމެންގެ ކައިރިޔަށް އައިސް عذر ދައްކާނެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން عذر ނުދައްކާށެވެ! އަހުރެމެން ކަލޭމެންގެ ބަހެއް قبول އެއް ނުކުރާނަމެވެ. ހަމަކަށަވަރުން ކަލޭމެންގެ خبر ތައް ﷲ އަހުރެމެންނަށް އަންގަވައިފިއެވެ. އަދި ނިކަންހުރެ ކަލޭމެންގެ عمل ތަކަށް ﷲ އާއި އެކަލާނގެ رسول އާވެސް ބައްލަވާނެއެވެ. (އެއީ ކަލޭމެން توبة ވެގެން ރަނގަޅުވޭތޯ ނުވަތަ نفاق ކަންމަތީ ދެމިތިބެނީތޯ؟ މިގޮތްގޮތް ބައްލަވާނެއެވެ. ދެން (މަރުވުމަށްފަހު) ސިއްރާއި ފައުޅު ދެނެވޮޑިގެންވާ ކަލާނގެ حضرة އަށް ރައްދުކުރެވޭނެއެވެ. ފޮނުވާނެއެވެ. ދެން އެކަލާނގެ ކަލޭމެން ކުރާކަމުގައިވީކަންތައްތަކުގެ خبر ކަލޭމެނަށް އަންގަވާނެއެވެ. (އަދި އޭގެ ފުރިހަމަ ޖަޒާވެސް ދެއްވާނެއެވެ.)

  4. 9:95

    سَيَحْلِفُونَ بِٱللَّهِ لَكُمْ إِذَا ٱنقَلَبْتُمْ إِلَيْهِمْ لِتُعْرِضُوا۟ عَنْهُمْ ۖ فَأَعْرِضُوا۟ عَنْهُمْ ۖ إِنَّهُمْ رِجْسٌ ۖ وَمَأْوَىٰهُمْ جَهَنَّمُ جَزَآءًۢ بِمَا كَانُوا۟ يَكْسِبُونَ

    Sayaḥlifoona billaahi lakum ʹiẓañ q̣alabtum ʹilayhim lituʻriḍoo ʻanhum. Faʹaʻriḍoo ʻanhum: ʹinnahum rijsuñw wamaʹwaahum Jahannam,― jazaaaʹam bi maakaanoo yaksiboon.

    ކަލޭމެން (مؤمن ން ހަނގުރާމަ ނިމިގެން) އެ منافق ންގެ ގާތަށް އާދެވިއްޖެއްޔާ ކަލޭމެނަށްޓަކައި އެމީހުން ﷲ ގަންދީ ހުވައިކުރާނެއެވެ. (އެއީ ދޮގު އަދި باطل عذر ތައް ދައްކާފައެވެ. އެއީ ކަލޭމެން مؤمن ން އެމީހުންނާ ނުބެހި އެމީހުންނަށް ހުތުރުއެއްޗެތި ނުކިއުމަށެވެ. އެމީހުންގެ ކިބައިން ދުރުވެގަތުމަށެވެ. ފަހެ ކަލޭމެން (مؤمن ން) އެމީހުން (އެތިބިގޮތުގެ މައްޗަށް) އެމީހުނާ ނުބެހި ދޫކޮށްލާށެވެ! ހަމަކަށަވަރުން އެމީހުންނަކީ ނަޖިހެވެ. އެމީހުންގެ އެންމެހައި عمل އަކީ ހުތުރު އަދި باطل عمل އެވެ. (އަދި قيامة ދުވަހުން) އެމީހުންގެ ޖާގަޔަކީ ނަރަކައެވެ. އެއީ އެމީހުން ކުރާކަމުގައިވީ ކަންތަކުގެ ޖަޒާއެއްގެގޮތުންނެވެ. (ހޯދައިގަތް ފާފައިގެ ސަބަބުންނެވެ.)

  5. 9:96

    يَحْلِفُونَ لَكُمْ لِتَرْضَوْا۟ عَنْهُمْ ۖ فَإِن تَرْضَوْا۟ عَنْهُمْ فَإِنَّ ٱللَّهَ لَا يَرْضَىٰ عَنِ ٱلْقَوْمِ ٱلْفَـٰسِقِينَ

    Yaḥlifoona lakum litarḍaw ʻanhum. Faʹiñ tarḍaw ʻanhum faʹinnal laaha laa- yarḍaa ʻanil q̣awmil faasiq̣een.

    އެމީހުން ކަލޭމެނަށް ހުވައިކުރާނެއެވެ. އެއީ އެމީހުންގެ باطل އަދި ދޮގު عذر (ތައް ތެދުކުރުވުމަށެވެ.) އެމީހުންގެ އެކަމުގެ مقصد އަކީ އެމީހުންދެކެ ކަލޭމެން ރުހުމެވެ. ފަހެ ކަލޭމެން އެމީހުންދެކެ ރުހުނަސް فاسق ބަޔަކަށް ﷲ ރުހިވޮޑިނުގަންނަވައެވެ. (އެއީ قاسق ބައެކެވެ.)

  6. 9:97

    ٱلْأَعْرَابُ أَشَدُّ كُفْرًا وَنِفَاقًا وَأَجْدَرُ أَلَّا يَعْلَمُوا۟ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

    ʹAlʹaʻraabu ʹashaddu kufrañw wanifaaq̣añw waʹajdaru ʹallaa yaʻlamoo ḥudooda maaa ʹañzalal laahu ʻalaa Rasoolih: wallaahu ʻAleemun Ḥakeem.

    (މަދީނާއާއި) ދުރު ރަށްރަށުގައި އުޅޭ عربى ން ކާފަރުކަމާއި منافق ކަން މާގަދައެވެ. އަދި ﷲ تعالى އެކަލާނގެ رسول އާގެމައްޗަށް ބާވައިލެއްވިތަކެތީގެ حدّ ތައް - އެބަހީ: حكم ތަކާއި سنّة ތައް ނޭނގުންވެސް މާއެކަށީގެންވުން ބޮޑެވެ. (އެއީ: وحي ބާވައިލެއްވުނު ހިސާބާއި އެމީހުން އުޅޭ ހިސާބާއި ދުރުވުމުގެ ސަބަބުންނެވެ.) އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

  7. 9:98

    وَمِنَ ٱلْأَعْرَابِ مَن يَتَّخِذُ مَا يُنفِقُ مَغْرَمًا وَيَتَرَبَّصُ بِكُمُ ٱلدَّوَآئِرَ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ

    Wa-minal ʹAʻraabi mañy yatṭakhiẓu maa- yuñfiq̣u mag̣ramañw wayatarabbaṣu bikumud dawaaaʹir: ʻalayhim daaaʹiratus sawʹ: wallaahu sameeʻun ʻAleem.

    އަދި أعرابى ންގެތެރޭގައި އެމީހުން އަތުން (مشرك ންނާއި ހަނގުރާމަ ކުރުމަށް) ނެގެވޭ ތަކެތި އެއީ ނެގެވޭ ޓެކުހެއްކަމަށާއި ގެއްލުމެއްކަމަށް ހިމަނާ މީހުންވެއެވެ. އެގޮތަށް ދެކޭ މީހުންވެއެވެ. އަދި ކަލޭމެން مؤمن ންނާއިމެދު ނުބައިގޮތްތަކާއި مصيبة ތައް ދިމާވުމަށް އެދި އެކަމަށް إنتظار ކޮށްކޮށް ތިބޭމީހުންވެއެވެ. ނުބައި ގޮތްތަކާއި مصيبة ތައްހުރީ ހަމައެމީހުންގެ މައްޗަށެވެ. އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

  8. 9:99

    وَمِنَ ٱلْأَعْرَابِ مَن يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَـٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِ ۚ أَلَآ إِنَّهَا قُرْبَةٌ لَّهُمْ ۚ سَيُدْخِلُهُمُ ٱللَّهُ فِى رَحْمَتِهِۦٓ ۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

    Wa-minal ʹAʻraabi mañy yuʹminu billaahi wal-Yawmil ʹAakhiri Wayattakhiẓu maa- yuñfiq̣u q̣urubaatin ʻiñdal laahi wa-Ṣalawaatir Rasool. ʹAlaaa ʹinnahaa q̣urbatul lahum: Sayudkhiluhumul laahu fee Raḥmatih: ʹinnal laaha G̣afoorur Raḥeem.

    އަދި أعرابى ންގެތެރޭގައި ﷲ އަށާއި آخرة ދުވަހަށް އީމާންވާމީހުންވެއެވެ. އަދި އެމީހުން އަތުން (مشرك ންނާއި ހަނގުރާމަ ކުރުމަށް) ނެގެވޭތަކެތި - އެމީހުން އެކަމަށް ކުރާ ހޭދަ އެއީ ﷲ ގެ حضرة އަށްވާ ކުއްތަންވުންތަކެއްކަމުގައި ހިމަނާ މީހުން - އެގޮތަށް ދެކޭމީހުންވެއެވެ. އަދި رسول ﷲ (ﷺ) ގެ دعاء ފުޅާއި އަދި އޭނާގެ ފާފަފުއްސެވުމަށް އެދިވަޑައިގެންނެވުމެއް ކަމުގައިދެކެއެވެ. ކަލޭމެން ދަންނާށެވެ! އެއީ ހަމަކަށަވަރުން އެމީހުންނަށް ﷲ ގެ حضرة ންވާ ކުށްތަންވުމެކެވެ. ނިކަންހުރެ ﷲ تعالى އެމީހުން އެކަލާނގެ رحمة ގެތެރެއަށް ވައްދަވާހުއްޓެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  9. 9:100

    وَٱلسَّـٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَـٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَـٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّـٰتٍ تَجْرِى تَحْتَهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

    Was-saabiq̣oonal ʹAwwaloona minal Muhaajireena wal-ʹAñṣaari wallaẓeenat tabaʻoohum̃ biʹiḥsaanir raḍiyal laahu ʻanhum wa-raḍoo ʻanhu wa-ʹaʻadda lahum Jannaatiñ tajree taḥtahal ʹanhaaru khaalideena feehaaa ʹabadaa: ẓaalikal fawzul ʻAz̤̣eem.

    مهاجرىّ ބޭކަލުންނާއި أنصارىّ ބޭކަލުންކުރެ (إسلام دين އާއި إيمان ކަމަށް) އިސްވެގަތް ބޭބޭކަލުންނާއި އަދި ރަނގަޅު ހެޔޮ إحسان ތެރިގޮތުގައި އެބޭކަލުންނާއި تبع ވީމީހުންނަށް ﷲ ރުއްސުންލައްވައިފިއެވެ. އަދި އެބޭކަލުން އެކަލާނގެއަށް ރުހިގެންވެއެވެ. އަދި އެތަންތާނގެ ދަށުން އާރުތައް ދެމޭ ބަގީޗާތަކެއް އެބަހީ ސުވަރުގެތަކެއް އެކަލާނގެ އެބޭކަލުންނަށް ތައްޔާރުކުރެއްވިއެވެ. އެބޭކަލުން އެތާނގައި ދާއިމީގޮތެއްގައި ދެމިތިއްބަވާނެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

  10. 9:101

    وَمِمَّنْ حَوْلَكُم مِّنَ ٱلْأَعْرَابِ مُنَـٰفِقُونَ ۖ وَمِنْ أَهْلِ ٱلْمَدِينَةِ ۖ مَرَدُوا۟ عَلَى ٱلنِّفَاقِ لَا تَعْلَمُهُمْ ۖ نَحْنُ نَعْلَمُهُمْ ۚ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ

    Wa-mimman ḥawlakum minal ʹAʻraabi Munaafiq̣oon. Wa-min ʹahlil Madeenati maradoo ʻalan nifaaq̣: laa- taʻlamuhum: naḥnu naʻlamuhum: sanuʻaẓẓibuhum marratayni s̤umma yuraddoona ʹilaa ʻaẓaabin ʻAz̤̣eem.

    (އޭ مؤمن ންނޭވެ!) ކަލޭމެންގެ ވަށަވަށައިގެންވާ ދުރު ރަށްރަށުގައި ދިރިއުޅޭ أعراب ންގެތެރޭގައި منافق ންވެއެވެ. އަދި مدينة ގެ أهل ވެރިންގެތެރޭގައިވެސް منافق ންވެއެވެ. އެމީސްމީހުން منافق ކަންމަތީ ثابت ވެ ދެމިތިބެއެވެ. އެމީހުންނަކީ ކޮންބައެއްކަމެއް ކަލޭމެންނަކަށް ނޭނގޭނެއެވެ. ތިމަންރަސްކަލާނގެ އެމީހުން ދެނެވޮޑިގަންނަވަމެވެ. ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުންނަށް ދެފަހަރަށް عذاب ދެއްވާހުށީމެވެ. (ބުނެވެނީ އެއީ އެއްފަހަރު ދުނިޔޭގައި އަނެއްފަހަރު ކަށްވަޅުގައިކަމަށެވެ. އަދި މިނޫންގޮތްގޮތަށްވެސް ބުނެވުނެވެ. والله أعلم) ދެން އަދި ބޮޑުވެގެންވާ عذاب އަށް - (ނަރަކައިގެ عذاب އަށް) އެމީހުން ފޮނުވޭހުއްޓެވެ.

  11. 9:102

    وَءَاخَرُونَ ٱعْتَرَفُوا۟ بِذُنُوبِهِمْ خَلَطُوا۟ عَمَلًا صَـٰلِحًا وَءَاخَرَ سَيِّئًا عَسَى ٱللَّهُ أَن يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

    Wa-ʹaakharoo naʻtarafoo biẓunoobihim khalaṭoo ʻamalañ ṣaaliḥañw waʹaakhara sayyiʹaa. ʻAsal laahu ʹañy yatooba ʻalayhim; ʹinnal laaha G̣afoorur Raḥeem.

    އަނެއްބަޔަކީ - އެބަހީ: ހަނގުރާމައަށް ނުގޮސްތިބި މީހުންކުރެ އަނެއްބަޔަކީ - އެމީހުން އެމީހުންގެ ފާފަތަކަށް إعتراف ވީމީހުންނެވެ. އެމީހުން صالح عمل އާއި އަދި ނުބައި عمل އެއްކޮށް މައްސުނި ކުރީއެވެ. (އެމީހުންގެ صالح عمل އެއްކަމުގައި ބެލެވެނީ އެމީހުން ކުށަށް إعتراف ވުމާއި توبة ވުމެވެ. އަދި ނުބައި عمل އެއްކަމުގައި ބެލެވެނީ رسول ﷲ ﷺ ގެ އަރިހުގައި ހަނގުރާމައަށް ނުގޮސް ތިބުމާއި ހަނގުރާމައިގައި ބައިވެރި ނުވުމެވެ.) ﷲ އެމީހުންނަށް توبة ލެއްވުން أمّيد ކުރެވެއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  12. 9:103

    خُذْ مِنْ أَمْوَٰلِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَوٰتَكَ سَكَنٌ لَّهُمْ ۗ وَٱللَّهُ سَمِيعٌ عَلِيمٌ

    Khuẓ min ʹamwaalihim ṣadaq̣atañ tuṭahhiruhum wa-tuzakkeehim̃ bihaa waṣalli ʻalayhim. ʹInna ṣalaataka sakanul lahum: wallaahu Sameeʻun ʻAleem.

    (އޭ رسول ﷲ އެވެ!) އެމީހުންގެ މުދަލުން - އެބަހީ: ކުށަށް إعتراف ވީ މީހުންގެ މުދަލުން ކަލޭގެފާނު صدقة އެއް ނަންގަވާށެވެ! އެއީ އެމީހުން طاهر ކޮށް ސާފުކުރެއްވުމަށެވެ. އަދި ކަލޭގެފާނު އެމީހުންގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން دعاءފުޅު ކޮށްދެއްވާށެވެ! ހަމަކަށަވަރުން ކަލޭގެފާނުންގެ دعاء ފުޅު އެއީ އެމީހުންނަށްވާ ހަމަޖެހުމެކެވެ. (އެއީ ﷲ އެމީހުންނަށް عفو ކުރެއްވުމުގެ މައްޗަށް دليل ކުރާނެކަމެކެވެ.) އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

  13. 9:104

    أَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ هُوَ يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَأْخُذُ ٱلصَّدَقَـٰتِ وَأَنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ

    ʹAlam yaʻlamooo ʹannal laaha Huwa yaq̣balut TAWBATA ʻan ʻibaadihee wa-yaʹkhuẓuṣ ṣadaq̣aati wa-ʹannal laaha Huwat Tawwaabur Raḥeem.

    ﷲ އެއީ އެކަލާނގެ އަޅުތަކުންގެ توبة قبول ކުރައްވާ އަދި صدقة ނަންގަވާ ކަލާނގެކަން އެމީހުންނަށް ނޭނގޭބާވައެވެ؟ އަދި ހަމަކަށަވަރުން ﷲ އެއީ ކަނޑައެޅިގެން توبة ލެއްވުން ގިނަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  14. 9:105

    وَقُلِ ٱعْمَلُوا۟ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُۥ وَٱلْمُؤْمِنُونَ ۖ وَسَتُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

    Wa-q̣ul iʻmaloo fasayaral laahu ʻamalakum wa-Rasooluhoo wal-Muʹminoon: wa-saturaddoona ʹilaa ʻAalimil g̣aybi washshahaadati fayunabbiʹukum̃ bimaa kuñtum taʻmaloon.

    (އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ކަލޭމެން عمل ކުރާށެވެ! ނިކަންހުރެ ﷲ ކަލޭމެންގެ عمل ދެކެވޮޑިގަންނަވާނެއެވެ. އަދި އެކަލާނގެ رسول އާވެސް ދެކެވަޑައިގަންނަވާނެއެވެ. އަދި مؤمن ންވެސް ދެކޭނެއެވެ. އަދި غيب ގައިވާ ކަންތަކާއި ފައުޅުގައިވާ ކަންތައްތައްވެސް ދެނެވޮޑިގެންވާ ކަލާނގެ حضرة އަށް ކަލޭމެން ރައްދުކުރެވޭނެއެވެ. ދެންފަހެ ކަލޭމެންކުރާ ކަމުގައިވީ ކަންތައްތަކުގެ خبر އެކަލާނގެ ކަލޭމެނަށް އަންގަވާނެއެވެ.

  15. 9:106

    وَءَاخَرُونَ مُرْجَوْنَ لِأَمْرِ ٱللَّهِ إِمَّا يُعَذِّبُهُمْ وَإِمَّا يَتُوبُ عَلَيْهِمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

    Wa-ʹaakharoona murjawna liʹamril laahi ʹimmaa yuʻaẓẓibuhum wa-ʹimmaa yatoobu ʻalayhim: wallaahu ʻAleemun Ḥakeem.

    (تبوك ހަނގުރާމައަށް ނުގޮސްތިބި މީހުންކުރެ) އަނެއްބަޔަކު ދަންނައެވެ! ﷲ ގެ أمر ފުޅު އަންނާންދެން އެމީހުންގެ ކަންތައް ފަސްކުރެވިގެންވެއެވެ. އެހެންޏާ އެކަލާނގެ އެމީހުންނަށް عذاب ދެއްވުމެވެ. އެހެންޏާ އެކަލާނގެ އެމީހުންގެ މައްޗަށް توبة ލެއްވުމެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

  16. 9:107

    وَٱلَّذِينَ ٱتَّخَذُوا۟ مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقًۢا بَيْنَ ٱلْمُؤْمِنِينَ وَإِرْصَادًا لِّمَنْ حَارَبَ ٱللَّهَ وَرَسُولَهُۥ مِن قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَدْنَآ إِلَّا ٱلْحُسْنَىٰ ۖ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَـٰذِبُونَ

    Wallaẓeenat takhaẓoo masjidañ ḍiraarañw wakufrañw watafreeq̣am baynal Muʹmineena wa-ʹirṣaadal liman ḥaarabal laaha wa-Rasoolahoo miñ q̣abl. Wa-la-yaḥlifunna ʹin ʹaradnaaa ʹillal ḥusnaa; wallaahu yashhadu ʹinnahum lakaaẓiboon.

    އަދި (مؤمن ންނަށް) އުނދަގޫކޮށް ދަތިކުރުމަށާއި ކާފަރުވުމަށާއި مؤمن ންގެ ދެމެދު ވަކިކޮށް ބައިބައިކުރުމަށާއި އަދި މީގެކުރިން ﷲ އަށާއި އެކަލާނގެ رسول އާ އާއި ހަނގުރާމަ ކުރިމީހަކު އައުމުގެ إنتظار ގައި މިސްކިތެއް ބިނާކޮށް ހެދިމީހުންނަކީވެސް منافق ންކުރެ ބައެކެވެ. އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފާ ބުނެއެވެ. އަހުރެމެން މިކަމުގައި ހަމަ ހެޔޮނޫނީ ނޭދެމެވެ. އަދި އެހެނެއްކަމަކު އެމީހުން އެއީ ކަނޑައެޅިގެން ދޮގުވެރިންކަމުގައި ﷲ ހެކިވެވޮޑިގަންނަވައެވެ. • ދަންނައެވެ. މި منافق ން މިބުނާ މިސްކިތެއް ހެދީ أَبُوعَامِرُ الرَّاهِب ކިޔާ މީހެއްގެ أمر އަށެވެ. އެއީ ﷲ އާއި رسول އާއި ދިމާ އިދިކޮޅު މީހެކެވެ. އޭނާ އެމީހުންނަށް ބުނީ ކަލޭމެން މިސްކިތް އަޅާ ތައްޔާރުކުރާށެވެ! އަހުރެން رُوم ކަރައިގެ قَيْصَرُ ކައިރިޔަށްގޮސް ސިފައިންނާއި ހަތިޔާރު ހިފައިގެން އައިސް محمّد ގެފާނާއި އެކަލޭގެފާނުންގެ أصحاب ން ނެރެލާނަމެވެ. އެމީހުން އޭނާގެ ބަސް އަހައި މިސްކިތެއް އެޅީއެވެ. އެމީހުން އެކަން ކުރިއިރު ބޭރުފުށަށް ދައްކަނީ فقير ން ތިބޭށާއި މުސާފިރުން ރޭކޮށްލާށާއި މީހުންނަށް އެހީވާން ހެދި ތަނެއްކަމުގައެވެ. (އެމިސްކިތް މަޝްހޫރުވެގެންވަނީ ضِرَارُ މިސްކިތުގެ ނަމުންނެވެ.) ނަމަވެސް އެމީހުން އެ إنتظار ކުރަނީ أبوعامر އައުމަށެވެ. ދެން މިސްކިތްއަޅާ ނިމުމުން - މިސްކިތް ހުޅުވުމަށް رسول ﷲ ﷺ އަށް އެމީހުން ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވީ ތިމަންކަލޭގެފާނު މިހާރު ހަނގުރާމައަށް ނުކުމެވަޑައިގަންނަވަނީކަމަށެވެ. ހަނގުރާމައިން އައިސް ތިޔަކަމާއި އުޅުއްވާނެކަމަށެވެ. ދެންފަހެ ހަނގުރާމައިން ނިމިވަޑައިގެން އެކަލޭގެފާނު ވަޑައިގެންނެވުމުގެ ކުރިން ﷲ تعالى އެމިސްކިތުގެ ހުރިހާ خبر ތަކެއް އެކަލޭގެފާނަށް އަންގަވައި ދުވަހަކުވެސް އެތާ قائم ވެވަޑައިނުގެންނެވުމަށް وحي ކުރެއްވިއެވެ. ދެން رسول ﷲ ﷺ ބަޔަކު ފޮނުއްވައި އެމިސްކިތް ހަލާކު ކުރައްވާ ނިންމައިލީއެވެ. އެކަމަށް إشارة ކުރައްވާ ﷲ وحي ކުރެއްވި ބަސްފުޅުގެތަރުޖަމާ މިވަނީއެވެ. = زيدة التفسير =

  17. 9:108

    لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى ٱلتَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا۟ ۚ وَٱللَّهُ يُحِبُّ ٱلْمُطَّهِّرِينَ

    Laa- taq̣um feehi ʹabadaa. Lamasjidun ʹussisa ʻalat taq̣waa min ʹawwali yawmin ʹaḥaq̣q̣u ʹañ taq̣ooma feeh. Feehi rijaaluñy yuḥibboona ʹañy yataṭahharoo, wallaahu yuḥibbul Muṭṭahhireen.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމިސްކިތުގައި ދުވަހަކުވެސް قائم ވެވަޑައިނުގަންނަވާށެވެ! (އެތާ އަޅުކަން ނުކުރައްވާށެވެ!) އެންމެފުރަތަމަ ދުވަހުވެސް تقوى ގެމައްޗަށް ބިންގާ އެޅުނު މިސްކިތުގައި ކަލޭގެފާނު قائم ވެވަޑައިގެންނެވުން މާ حقّ ކަންބޮޑެވެ. طاهر ވެގަތުމަށް ލޯބިކުރާ މީހުން އެމިސްކިތުގައި ވެއެވެ. އަދި طاهر ވާމީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. • ދަންނައެވެ. މިބަޔާންކުރާ މިސްކިތަކީ مدينة ގެ قُبَاء މިސްކިތްކަމާއި المَسْجِدُ النَّبَوِى ކަމާއި މިކަމުގައި مفسّر ންގެ ބަސް ތަފާތުވެގެންވެއެވެ. ގިނަބޭކަލުން ބުރަވެލައްވަނީ އެއީ مسجد النّبوى ކަމަށެވެ. والله أعلم بالصّواب.

  18. 9:109

    أَفَمَنْ أَسَّسَ بُنْيَـٰنَهُۥ عَلَىٰ تَقْوَىٰ مِنَ ٱللَّهِ وَرِضْوَٰنٍ خَيْرٌ أَم مَّنْ أَسَّسَ بُنْيَـٰنَهُۥ عَلَىٰ شَفَا جُرُفٍ هَارٍ فَٱنْهَارَ بِهِۦ فِى نَارِ جَهَنَّمَ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ

    ʹAfaman ʹassasa bunyaanahoo ʻalaa taq̣waa minal laahi wa-Riḍwaanin khayrun ʹam man assasa bunyaanahoo ʻalaa shafaa jurufin haariñ fanhaara bihee fee naari Jahannam. Wallaahu laa- yahdil q̣awmaz̤̣ z̤̣aalimeen.

    އަޅެފަހެ ހެޔޮވެގެންވަނީ ﷲ ގެ حضرة ންވާ تقوى ވެރިކަމާއި އެކަލާނގެ ރުހިވޮޑިގަތުމުގެ މައްޗަށް - އެބަހީ އެކަލާނގެއަށް ކިޔަމަންތެރިވުމުގެ މައްޗަށް އެމީހާގެ ބިނާގެ ބިންގާ އެޅިމީހާ ހެއްޔެވެ؟ ނުވަތަ އެމީހާގެ ބިނާގެ ބިންގާ ފެންދެމޭ ވާދީއެއްގެ އެއްފަރާތު ތުންފަތްމަތީގައި ބިންގާއެޅި މީހާހެއްޔެވެ؟ ދެން އެމީހާއާއިގެން އެބިނާ ނަރަކައިގެ އަލިފާނުގެތެރެއަށް ވެއްޓިގެން ދިޔައީއެވެ. އަދި އަނިޔާވެރިންނަށް ﷲ تعالى ތެދުމަގު ނުދައްކަވާހުއްޓެވެ. (މިއާޔަތުން މި بيان ކޮށްދެއްވަނީ ﷲ ގެ ކިޔަމަނުގައި عمل ކުރިމީހާގެ عمل ގެ މިސާލާއި އެކަލާނގެއަށް އުރެދުމާއި މަގުފުރެދުމުގެ ތެރޭގައި عمل ކުރިމީހާގެ عمل އާ ދެމީހުންގެ عمل ގެ މިސާލެވެ. مسجد النّبوى އަކީ ﷲ އަށް طاعة އާއި ކިޔަމަނުގެ މަތީގައި ބިންގާއެޅެވުނު މިސްކިތެކެވެ. منافق ން ހެދި ضِرَارُ މިސްކިތަކީ އުރެދުމާއި މަގުފުރެދުމުގެ މައްޗަށް ބިންގާ އެޅެވުނު މިސްކިތެކެވެ.

  19. 9:110

    لَا يَزَالُ بُنْيَـٰنُهُمُ ٱلَّذِى بَنَوْا۟ رِيبَةً فِى قُلُوبِهِمْ إِلَّآ أَن تَقَطَّعَ قُلُوبُهُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

    Laa- yazaalu bunyaanuhumul laẓee banaw reebatañ fee q̣uloobihim ʹillaaa ʹañ taq̣aṭṭaʻa q̣uloobuhum. Wal-laahu ʻAleemun Ḥakeem.

    އެމީހުންގެ ހިތްތަކުގައި ޝައްކާއި وهم އުފެއްދި ބިނާ (އެމިސްކިތް) އެމީހުންގެ ހިތްތައް ކުދިކުދިވުމުން ފިލައިނުދެއެވެ. (ކުދިކުދިވުން މެނުވީ ނުވެއެވެ.) އަދި ﷲ އީ (އެ منافق ން އެތިބިގޮތް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި حكمة ވަންތަ ކަލާނގެއެވެ.

  20. 9:111

    ۞ إِنَّ ٱللَّهَ ٱشْتَرَىٰ مِنَ ٱلْمُؤْمِنِينَ أَنفُسَهُمْ وَأَمْوَٰلَهُم بِأَنَّ لَهُمُ ٱلْجَنَّةَ ۚ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِى ٱلتَّوْرَىٰةِ وَٱلْإِنجِيلِ وَٱلْقُرْءَانِ ۚ وَمَنْ أَوْفَىٰ بِعَهْدِهِۦ مِنَ ٱللَّهِ ۚ فَٱسْتَبْشِرُوا۟ بِبَيْعِكُمُ ٱلَّذِى بَايَعْتُم بِهِۦ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ

    ʹInnal laahash taraa minal Muʹmineena ʹañfusahum wa-ʹamwaalahum biʹanna lahumul Jannah: yuq̣aatiloona fee Sabeelil laahi fayaq̣tuloona wa-yuq̣taloon: waʻdan ʻalayhi Ḥaq̣q̣añ fit Tawraati wal-ʹIñjeeli wal-Q̣urʹaan: wa-man ʹawfaa biʻAhdihee minal laahi fastabshiroo bibayʻikumul laẓee baayaʻtum̃ bih: waẓaalika huwal fawzul ʻaz̤̣eem.

    ހަމަކަށަވަރުން مؤمن ންގެއަތުން އެބައިމީހުންގެ މުދާތަކާއި އެމީހުންގެ نفس ތައް އެމީހުންނަށް ސުވަރުގެދެއްވާފައި ﷲ تعالى ބައްލަވައިގަނެފިއެވެ. (ގަނެފިއެވެ.) އެއީ ﷲ تعالى ގެ މަގުގައި އެމީހުން ހަނގުރާމަކޮށް دين ގެ عداوة ތެރިން މަރައި އަދި އެމީހުންވެސް شهيد ވެދިއުމަށެވެ. އެއީ توراة އާއި إنجيل އާއި އަދި قرآن ގައި بيان ކުރައްވާފައިވާ އެކަލާނގެ حقّ وَعد ފުޅެކެވެ. އަދި ﷲ ގެ حضرة ން އެމީހަކަށްވާ عَهْدُ ފުއްދައިފިމީހާ (ފަހެ އެފަދަމީހަކަށްވުރެ ތެދުވެރި ރަނގަޅު މީހަކު ނުވެއެވެ.) (އޭ مؤمن ންނޭވެ!) ފަހެ ކަލޭމެން އެވިޔަފާރިއަކުން ކަލޭމެން ކުރި ވިޔަފާރިއަށް އުފާކުރާށެވެ! (އެބަހީ: ﷲ ގެ މަގުގައި ކަލޭމެންގެ މުދަލާއި ޖާނުން ޖިހާދުކުރި މީހުން އޭގެބަދަލުގައި ސުވަރުގެ ލިބުމަކީ ނަފާހުރި ވިޔަފާރިއެކެވެ. އެކަމާމެދު އުފާކުރާށެވެ!) އަދި ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

  21. 9:112

    ٱلتَّـٰٓئِبُونَ ٱلْعَـٰبِدُونَ ٱلْحَـٰمِدُونَ ٱلسَّـٰٓئِحُونَ ٱلرَّٰكِعُونَ ٱلسَّـٰجِدُونَ ٱلْـَٔامِرُونَ بِٱلْمَعْرُوفِ وَٱلنَّاهُونَ عَنِ ٱلْمُنكَرِ وَٱلْحَـٰفِظُونَ لِحُدُودِ ٱللَّهِ ۗ وَبَشِّرِ ٱلْمُؤْمِنِينَ

    ʹAt-Taaaʹiboonal ʻaabidoonal ḥaamidoonas saaaʹiḥoonar raakiʻoonas saajidoonal ʹaamiroona bilmaʻroofi wannaahoona ʻanil muñkari walḥaafiz̤̣oona liḥudoodil laah. Wa-bashshiril Muʹmineen.

    އެމީހުންނަކީ އެއީ توبة ވާމީހުންނެވެ. އަޅުވެރިންނެވެ. حمد ކުރާ މީހުންނެވެ. ރޯދަވެރިންނެވެ. ركوع ކުރާމީހުންނެވެ. سجدة ކުރާ މީހުންނެވެ. ހެޔޮކަންތަކަށް އަމުރުކުރާމީހުންނެވެ. منكراة ނަހީކުރާ މީހުންނެވެ. އަދި ﷲ ގެ حَدُّ ތަކަށް ރައްކާތެރިވާ - އެ حدّ ތައް قائم ކުރާ މީހުންނެވެ. އަދި مؤمن ންނަށް - ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!

  22. 9:113

    مَا كَانَ لِلنَّبِىِّ وَٱلَّذِينَ ءَامَنُوٓا۟ أَن يَسْتَغْفِرُوا۟ لِلْمُشْرِكِينَ وَلَوْ كَانُوٓا۟ أُو۟لِى قُرْبَىٰ مِنۢ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَـٰبُ ٱلْجَحِيمِ

    Maa- kaana lin-Nabiyyi wallaẓeena ʹaamanooo ʹañy yastag̣firoo lil-Mushrikeena wa-law kaanooo ʹulee q̣urbaa mim baʻdi maa- tabayyana lahum ʹannahum ʹaṣḥaabul Jaḥeem.

    نبي އާއަށްވިޔަސް އަދި އީމާންވެގެންވާ މީހުންނަށް ވިޔަސް مشرك ންގެ ފާފަފުއްސެވުމަށް އެދި دعاء ކުރެއްވުން އެއީ އެކަށީގެންވާކަމެއްނޫނެވެ. ހުއްދަކަމެއްނޫނެވެ. އެމީހުންނީ ތިމާމެންގެ ކިތަންމެ ގާތްބަޔަކުކަމުގައިވިޔަސް އެމީހުންނީ ނަރަކައިގެ އެކުވެރިންކަމުގައި ރަނގަޅަށް بيان ވެ އެނގުމަށްފަހު - އެބަހީ: އެމީހުން އެ شرك ގެމަތީ މަރުވުމަށްފަހު އެމީހުންގެ ފާފަ ފުއްސެވުން އެދި دعاء ކުރުން ހުއްދަވެގެން ނުވެއެވެ.

  23. 9:114

    وَمَا كَانَ ٱسْتِغْفَارُ إِبْرَٰهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُۥٓ أَنَّهُۥ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَٰهِيمَ لَأَوَّٰهٌ حَلِيمٌ

    Wa-maa kaanas tig̣faaru ʹIbraaheema liʹabeehi ʹillaa ʻam mawʻidatiñw waʻadahaaa ʹiyyaah. Falammaa tabayyana lahooo ʹannahoo ʻaduwwul lillaahi tabarraʹa minh: ʹinna ʹIbraaheema laʹawwaahun ḥaleem.

    އަދި إبراهيم (عليه السّلام) އެކަލޭގެފާނުންގެ ބައްޕައަށް ފާފަފުއްސެވުމަށް އެދިވަޑައިގެން دعاء ފުޅުކުރެއްވުން އެއީ އެކަލޭގެފާނު ބައްޕައަށް ފާފަފުއްސެވުމަށް دعاء ކުރެއްވުމަށް ކުރައްވާފައިވާ وعد އެއްގެގޮތުން ކަމުގައި މެނުވީ ނުވެއެވެ. (އެއީ مُدّة އަކަށެވެ.) ދެންފަހެ އެބައްޕައަކީ ﷲ އަށްވާ عدوّ އެއްކަމުގައި އެކަލޭގެފާނަށް ރަނގަޅަށް އެނގި ބަޔާންވެވަޑައިގެންނެވުމުން، (مشرك އެއްކަން އެނގިވަޑައިގެންނެވި ހިނދުން) އެކަލޭގެފާނު އެބައްޕަގެ ކިބައިން ބަރީއަވެވަޑައިގެންފިއެވެ. (ބައްޕައަށް ފާފަފުއްސެވުން އެދިވަޑައިގެންނެވުން ދޫކޮށްލައްވައިފިއެވެ.) ހަމަކަށަވަރުން إبراهيم (عليه السّلام) އަކީ ގިނަގިނައިން دعاء ކުރައްވާ توبة ވެވަޑައިގަންނަވާ رحم ބޮޑު علم ވެރި ކޯފާމަޑު ބޭކަލެއްކަން ކަށަވަރެވެ.

  24. 9:115

    وَمَا كَانَ ٱللَّهُ لِيُضِلَّ قَوْمًۢا بَعْدَ إِذْ هَدَىٰهُمْ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ

    Wa-maa kaanal laahu liyuḍilla q̣awmam baʻda ʹiẓ hadaahum ḥattaa yubayyina lahum maa yattaq̣oon,― ʹinnal laaha bikulli shayʹin ʻAleem.

    އަދި އެއްވެސް ބަޔަކަށް ﷲ ތެދުމަގު ދެއްކެވުމަށްފަހު އެބަޔަކު އެކަމަކުން ރައްކާތެރިވެ ދުރުވެގަންނާނޭ ކަންތައް އެންގެވުމަށްފަހު (އެކަމަކުން ދުރުވެނުގަތިއްޔާ މެނުވީ) އެމީހުން މަގުފުރައްދަވާނޭ ކަލަކުކަމުގައި އެކަލާނގެ ނުވެއެވެ. (مشرك ންނަށް ފާފަފުއްސެވުމަށް އެދި دعاء ކުރުން نهى ކުރެއްވުމަށްފަހު ދެން ކަލޭމެން އެ نهى ގެތެރެއަށް ވަދެއްޖެއްޔާމެނުވީ އެކަލާނގެ ކަލޭމެން މަގުނުފުރައްދަވާނެއެވެ.) ހަމަކަށަވަރުން ﷲ އީ ހުރިހާކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

  25. 9:116

    إِنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يُحْىِۦ وَيُمِيتُ ۚ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ

    ʹInnal laaha lahoo mulkus samaawaati wal-ʹarḍ. Yuḥyee wa-yumeet. Wa-maa lakum miñ doonil laahi miñw waliyyiñw walaa naṣeer.

    ހަމަކަށަވަރުން އުޑުތަކާއި ބިމުގެ مِلْكُ ވެރިކަން خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެ ތަކެތި ދިރުއްވާ މަރުއްވައެވެ. އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވެސް އަދި نصر ވެރިއަކުވެސް ކަލޭމެންނަކަށް ނުވެއެވެ.

  26. 9:117

    لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِىِّ وَٱلْمُهَـٰجِرِينَ وَٱلْأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِى سَاعَةِ ٱلْعُسْرَةِ مِنۢ بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ ۚ إِنَّهُۥ بِهِمْ رَءُوفٌ رَّحِيمٌ

    Laq̣at taabal laahu ʻalan Nabiyyi wal-Muhaajireena wal-ʹAñṣaaril laẓeenat tabaʻoohu fee saaʻatil ʻusrati mim baʻdi maa- kaada yazeeg̣u q̣uloobu fareeq̣im minhum s̤umma taaba ʻalayhim: ʹinnahoo bihim Raʹoofur Raḥeem.

    ހަމަކަށަވަރުން نَبِىّ އާއަށް ﷲ توبة ލައްވައިފިއެވެ. އަދި مهاجرىّ ބޭކަލުންނަށާއި أنصَارىّ ބޭކަލުންނަށްވެސް (ﷲ توبة ލައްވައިފިއެވެ.) އެބޭކަލުންނީ ދަތިވީ ވަގުތު އެކަލޭގެފާނާއި تبع ވީ މީހުންނެވެ. (އެއީ تبوك ހަނގުރާމައިގެ ވަގުތު ހުރިހާގޮތަކުން ކަންތައްގަނޑު ނީސްތާއްޓަށް އެރިވަގުތެވެ.) އެއީ އޭގެތެރެއިން جماعة އެއްގެ (ބައެއްގެ) ހިތްތައް حقّ މަގާއި ދުރަށް ލެނބުމަށް ގާތްވުމަށްފަހުގައެވެ. ދެން އެކަލާނގެ އެބޭކަލުންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ އެބޭބޭކަލުންގެމައްޗަށް ނުހަނު އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  27. 9:118

    وَعَلَى ٱلثَّلَـٰثَةِ ٱلَّذِينَ خُلِّفُوا۟ حَتَّىٰٓ إِذَا ضَاقَتْ عَلَيْهِمُ ٱلْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوٓا۟ أَن لَّا مَلْجَأَ مِنَ ٱللَّهِ إِلَّآ إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوٓا۟ ۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ

    Wa-ʻalas̤ s̤alaas̤atil laẓeena khullifoo: ḥattaaa ʹiẓaa ḍaaq̣at ʻalayhimul ʹarḍu bimaa raḥubat wa-ḍaaq̣at ʻalayhim ʹañfusuhum waz̤̣annooo ʹal laa maljaʹa minal laahi ʹillaaa ʹilayh. S̤umma taaba ʻalayhim liyatooboo: ʹinnal laaha Huwat Tawwaabur Raḥeem.

    އަދި އެބޭކަލުންގެ توبة قبول ކުރެއްވުން ފަސްކުރެވިފައިވާ ތިންބޭކަލުންގެމައްޗަށްވެސް ﷲ توبة ލައްވައިފިއެވެ. (އެތިންބޭކަލުންނަކީ كَعْبُ بن مَالكُ ގެފާނާއި هِلاَلُ بن أُميَّة ގެފާނާއި مِرَارة بن رَبِيْعَة ގެފާނާއިއެވެ. މިއީ أَنصَارىّ ބޭކަލުންކުރެ ތިންބޭކަލުންނެވެ. = طبري = ) މިބޭކަލުންނަށް ﷲ توبة ލެއްވީ އެބޭކަލުންނަށް (ބިންގަނޑުގެ ތަނަވަސްކަމާއިއެކުވެސް) ބިންގަނޑު ދަތިވެ އަދި އެބޭކަލުންގެ މައްޗަށް އެބޭކަލުންގެ نفس ތައްވެސް ދަތިވެއްޖައުމަށްދާވަރުވުމުންނެވެ. އަދި އެބޭކަލުންނަށް ﷲ ގެ حضرة ން އަތުވެދާނޭ ކޯފާއަކުން އަދި عذاب އަކުން ސަލާމަތްވާނެ ތަނެއް ހަމަ އެކަލާނގެ حضرة ން މެނުވީ ނެތްކަން އެބޭކަލުންނަށް يقين ވެވަޑައިގެންނެވުމަށް ފަހުގައެވެ. މި މިކަންކަމަށްފަހު ދެން އެކަލާނގެ އެބޭކަލުންގެމައްޗަށް توبة ބާވައިލެއްވިއެވެ. އެބޭކަލުން توبة ވެވަޑައިގަތުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން توبة ލައްވާ އަދި رحمة ލެއްވުން ބޮޑުރަސްކަލާނގެއެވެ.

  28. 9:119

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّـٰدِقِينَ

    yaaaʹayyuhal laẓeena ʹaamanut taq̣ul laaha wa-koonoo maʻaṣ Ṣaadiq̣een.

    އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ތެދުވެރިންނާއިއެކު ކަލޭމެންވާށެވެ! އެތިންބޭކަލުންނަށް توبة ލެއްވުމުގެ އެންމެބޮޑު ސަބަބެއްކަމުގައިވީ އެބޭކަލުން ތެދު ވިދާޅުވުމެވެ.

  29. 9:120

    مَا كَانَ لِأَهْلِ ٱلْمَدِينَةِ وَمَنْ حَوْلَهُم مِّنَ ٱلْأَعْرَابِ أَن يَتَخَلَّفُوا۟ عَن رَّسُولِ ٱللَّهِ وَلَا يَرْغَبُوا۟ بِأَنفُسِهِمْ عَن نَّفْسِهِۦ ۚ ذَٰلِكَ بِأَنَّهُمْ لَا يُصِيبُهُمْ ظَمَأٌ وَلَا نَصَبٌ وَلَا مَخْمَصَةٌ فِى سَبِيلِ ٱللَّهِ وَلَا يَطَـُٔونَ مَوْطِئًا يَغِيظُ ٱلْكُفَّارَ وَلَا يَنَالُونَ مِنْ عَدُوٍّ نَّيْلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٌ صَـٰلِحٌ ۚ إِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ

    Maa- kaana liʹahlil Madeenati wa-man ḥawlahum minal ʹAʻraabi ʹañy yatakhallafoo ʻar Rasoolil laahi wa-laa yarg̣aboo biʹañfusihim ʻan nafsih: ẓaalika biʹannahum laa- yuṣeebuhum z̤̣amaʹuñw walaa naṣabuñw walaa makhmaṣatuñ fee sabeelil laahi wa-laa yaṭaʹoona mawṭiʹañy yag̣eez̤̣ul kuffaara wa-laa yanaaloona min ʻaduwwin naylan ʹillaa kutiba lahum̃ bihee ʻamaluñ ṣaaliḥ: ʹinnal laaha laa- yuḍeeʻu ʹajral Muḥsineen.

    مدينة ގެ أهل ވެރިންނަށާއި އަދި އެމީހުންގެ ވަށައިގެންވާ أعرابى ންނަށްވެސް رسول ﷲ ﷺ ހަނގުރާމައަށް ނުކުމެވަޑައިގަތުމަށްފަހު ހަނގުރާމައަށް ނުގޮސް ފަހަށް ޖެހިފައި ތިބުމީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެކަލޭގެފާނުންގެ نفس ފުޅުގެ މައްޗަށް ތިމާމެންގެ نفس ތައް އިސްކޮށް އަދި نفس ތަކަށް ލޯބިކުރުމީވެސް އެކަށީގެންވާކަމެއްނޫނެވެ. އެކަން އެހެން އެވީ، އެމީހުންނަށް ދިމާވާ ކޮންމެ ފެންބޮވައިގަތުމެއްވިޔަސް އަދި ވަރުބަލިކަމެއްވިޔަސް އަދި ﷲ ގެ މަގުގައި ދިމާވާ ކޮންމެ ހައިހޫނުކަމެއްވިޔަސް އަދި ކާފަރުން ރުޅިއެރުވުމަށާއި ދެރަކުރުމަށް އެމީހުން ފައިއަޅާ ކޮންމެ ފިޔަވަޅެއްވިޔަސް އަދި عدوّ އެއްގެ އަތުން ލިބެވޭ ކޮންމެ އަނިޔާއެއްވިޔަސް އެއިން ކޮންމެ ކަމަކުން އެމީހުންނަށް صالح عمل އެއް ލިޔެވިގެންމެނުވީ ނުވެއެވެ. އެބަހީ: އެބާވަތުގެ ކޮންމެ ކަމަކަށް އެމީހުންނަށް ހެޔޮ عمل ލިއެވެއެވެ. ހަމަކަށަވަރުން إحسان ތެރިންގެ ދަރުމަ ﷲ ގެއްލެނި ނުކުރައްވައެވެ.

  30. 9:121

    وَلَا يُنفِقُونَ نَفَقَةً صَغِيرَةً وَلَا كَبِيرَةً وَلَا يَقْطَعُونَ وَادِيًا إِلَّا كُتِبَ لَهُمْ لِيَجْزِيَهُمُ ٱللَّهُ أَحْسَنَ مَا كَانُوا۟ يَعْمَلُونَ

    Wa-laa yuñfiq̣oona nafaq̣atañ ṣag̣eeratañw walaa kabeeratañw walaa yaq̣ṭaʻoona waadiyan ʹillaa kutiba lahum liyajziyahumul laahu ʹaḥsana maa- kaanoo yaʻmaloon.

    އަދި އެމީހުންކުރާ ކިތަންމެކުޑަ ހޭދައެއްވިޔަސް އަދި ކިތަންމެބޮޑު ހޭދައެއްވިޔަސް އަދި އެމީހުން ކަޑައްތުކުރާ ވާދީއެއްވިޔަސް މިއިން އެއްވެސްކަމެއް އެމީހުންނަށް (ހެޔޮކަމެއްކަމުގައި) ލިޔެވިގެންވާމެނުވީ ނުވެއެވެ. އެއީ އެމީހުން ކުރާކަމުގައިވީ ކަންތަކަށްވުރެ ހެޔޮ ޖަޒާ ﷲ އެމީހުންނަށް ދެއްވުމަށެވެ.

  31. 9:122

    ۞ وَمَا كَانَ ٱلْمُؤْمِنُونَ لِيَنفِرُوا۟ كَآفَّةً ۚ فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَآئِفَةٌ لِّيَتَفَقَّهُوا۟ فِى ٱلدِّينِ وَلِيُنذِرُوا۟ قَوْمَهُمْ إِذَا رَجَعُوٓا۟ إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ

    Wa-maa kaanal Muʹminoona li-Yañfiroo kaaaffah: falawlaa nafara miñ kulli firq̣atim minhum ṭaaaʹifatul liyatafaq̣q̣ahoo fid deeni wa-liyuñẓiroo q̣awmahum ʹiẓaa rajaʻooo ʹilayhim laʻallahum yaḥẓaroon.

    އަދި مؤمن ން އެންމެންއެކީ ހަނގުރާމައަށް ދިއުމެއްމެނެތެވެ. އަދި ކޮންމެ جماعة އަކުންވެސް ކޮންމެވެސް ބަޔަކު دين ގައި فقه ވެރިވުމަށް (رسول ﷲ ﷺ ގެ އަރިހުގައި ތިބުމަށް) ދާނެނަމައެވެ. ނުވަތަ ނުދިޔައީ ކީއްވެހެއްޔެވެ؟ އަދި އެމީހުން ދީނުގައި فقه ވެރިވުމަށްފަހު އެމީހުންގެ قوم ގެ މީހުންގެގާތަށްގޮސް އެމީހުންނަށް إنذار ކުރާހުށިކަމެވެ! އެއީ އެމީހުން ބިރުވެތިވުމުގެ أمّيد ގައެވެ. • ދަންނައެވެ. މިއާޔަތުގެ މާނަ އަދި تفسير علم ވެރިން ވަރަށް ތަފާތުގޮތްގޮތަށް ލިއުއްވާފައި ވެއެވެ. މިތާ ލިޔެވިފައި މިވަނީ އޭގެތެރެއިން އެއްގޮތެވެ. والله أعلم بالصّواب)

  32. 9:123

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قَـٰتِلُوا۟ ٱلَّذِينَ يَلُونَكُم مِّنَ ٱلْكُفَّارِ وَلْيَجِدُوا۟ فِيكُمْ غِلْظَةً ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

    Yaaaʹayyuhal laẓeena ʹaamanoo q̣aatilul laẓeena yaloonakum minal kuffaari walyajidoo feekum g̣ilz̤̣ah: waʻlamooo ʹannal laaha maʻal Muttaq̣een.

    އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފަރުންގެތެރެއިން ކަލޭމެންނާއި ޖެހިޖެހިގެންވާ މީހުންނާއި ހަނގުރާމަ ކުރާށެވެ! އަދި ކަލޭމެންގެ ކިބައިން ހަރުކަށިކަމާއި عدواة ތެރިކަން އެމީހުން ދެކޭހުށިކަމެވެ! (އެބަހީ: ހަރުކަށިކަމާއި ރުޅިވެރިކަން އެމީހުންނަށް ކަލޭމެން ދައްކާށެވެ!) އަދި ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ تقوى ވެރިންނާއި އެކުގައެވެ.

  33. 9:124

    وَإِذَا مَآ أُنزِلَتْ سُورَةٌ فَمِنْهُم مَّن يَقُولُ أَيُّكُمْ زَادَتْهُ هَـٰذِهِۦٓ إِيمَـٰنًا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَزَادَتْهُمْ إِيمَـٰنًا وَهُمْ يَسْتَبْشِرُونَ

    Wa-ʹiẓaa maaa uñzilat sooratuñ faminhum mañy yaq̣oolu ʹayyukum zaadathu haaẓiheee ʹeemaanaa? Faʹammal laẓeena ʹaamanoo fazaadathum ʹeemaanañw wahum yastabshiroon.

    އަދި އެއްވެސް ސޫރަތެއް ބާވައިލައްވައިފި ކޮންމެހިނދެއްގައި މިސޫރަތުގެ ސަބަބުން އީމާންކަން އިތުރުވީ ކަލޭމެންކުރެ ކާކަށްހެއްޔެވެ؟ މިހެން އަހާމީހުން އެ منافق ންގެ ތެރެއިން ވެއެވެ. ފަހެ އީމާންވީ މީހުން (ދަންނައެވެ.) އެމީހުންގެ އީމާންކަމުގެތެރެއަށް އެމީހުންނަށް އީމާންކަން އިތުރުވިއެވެ. އަދި އެމީހުން ވަނީ އުފާކުރާ حال ގައެވެ.

  34. 9:125

    وَأَمَّا ٱلَّذِينَ فِى قُلُوبِهِم مَّرَضٌ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا۟ وَهُمْ كَـٰفِرُونَ

    Wa-ʹammal laẓeena fee q̣uloobihim maraḍuñ fazaadathum rijsan ʹilaa rijsihim wa-maatoo wa-hum kaafiroon.

    އަދި އެމީހުންގެ ހިތްތަކުގައި منافق ކަމުގެ ބަލިކަންވާ މީހުން ދަންނައެވެ! ފަހެ އެމީހުންގެ ޝައްކާއި وهم ގެމައްޗަށް ޝައްކާއި وهم އިތުރުވީއެވެ. ނުވަތަ އެމީހުންގެ ނުބައިގެމައްޗަށް ނުބައި އިތުރުވީއެވެ. އަދި އެމީހުން މަރުވެގެންދިޔައީ كافر ންކަމުގައިވާ حال ގައެވެ.

  35. 9:126

    أَوَلَا يَرَوْنَ أَنَّهُمْ يُفْتَنُونَ فِى كُلِّ عَامٍ مَّرَّةً أَوْ مَرَّتَيْنِ ثُمَّ لَا يَتُوبُونَ وَلَا هُمْ يَذَّكَّرُونَ

    ʹAwalaa yarawna ʹannahum yuftanoona fee kulli ʻaamim marratan ʹaw marratayni s̤umma laa- yatooboona wa-laa hum yaẓẓakkaroon.

    އަޅެފަހެ ކޮންމެއަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު އެމީހުން إمتحان ކުރެވޭކަން އެމީހުންނަކަށް ނޭނގޭބާވައެވެ؟ (އެއީ ހަނގުރާމައިގެ ގޮތުން / ނުވަތަ ތަދުމަޑުކަމުގެ ގޮތުން ނުވަތަ ދެންވެސް ކޮންމެވެސް ގޮތަކުންނެވެ.) ދެންވެސް އެމީހުން توبة ނުވެއެވެ. އަދި عبرة حاصل ކޮށް نصيحة ލިބިގަންނަ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ.

  36. 9:127

    وَإِذَا مَآ أُنزِلَتْ سُورَةٌ نَّظَرَ بَعْضُهُمْ إِلَىٰ بَعْضٍ هَلْ يَرَىٰكُم مِّنْ أَحَدٍ ثُمَّ ٱنصَرَفُوا۟ ۚ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ

    Wa-ʹiẓaa maaa ʹuñzilat sooratun naz̤̣ara baʻḍuhum ʹilaa baʻḍ: hal yaraakum min ʹaḥadiñ s̤ummañ ṣarafoo: ṣarafal laahu q̣uloobahum̃ biʹannahum q̣awmul laa yafq̣ahoon.

    އަދި (رسول ﷲ ﷺ ގެ އަރިހުގައި އެ منافق ންވެސް ވަނިކޮށް) ސޫރަތެއް ބާވައިލައްވައިފިއްޔާ - يعني: منافق ންގެ خبر އެކުލެވިގެންވާ ސޫރަތެއް ބާވައިލައްވައިފިއްޔާ އެމީހުން - އެބަހީ منافق ން - އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބަލައެވެ. އަދި އެމީހުން އެމީހުންނަށް ބުނެއެވެ. އެއްވެސްމީހަކު ކަލޭމެނަށް އެބަބަލައިހެއްޔެވެ؟ (އެހެންބަޔަކު އެމީހުންނަށް ނުބަލާ ތަންވަޅު ބަލާފައި) އެތަނުން ތެދުވެ އެމީހުން އެނބުރި ދެއެވެ. ފަހެ އެހެންވެ ﷲ تعالى އެމީހުންގެ ހިތްތައް (إيمان ކަމާއި އެންމެހައި ހެވަކާ ދުރަށް) އަނބުރާލައްވައެވެ. އެއީ ހަމަކަށަވަރުން އެމީހުން އެއީ ނުވިސްނާބަޔަކު ކަމުގައިވާތީއެވެ.

  37. 9:128

    لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ

    Laq̣ad jaaaʹakum Rasoolum min ʹañfusikum ʻazeezun ʻalayhi maa- ʻanittum ḥareeṣun ʻalaykum̃ bil-Muʹmineena raʹoofur raḥeem.

    (އޭ عربى ންނޭވެ!) ހަމަކަށަވަރުން ކަލޭމެންގެ ގާތަށް ކަލޭމެންގެ نفس ތަކުތެރެއިން (އެބަހީ: ކަލޭމެންގެ ނަސަބުން - ކަލޭމެންގެ ރަށުން ކަލޭމެން ދަންނަ ބޭކަލަކު) رسول ބޭކަލަކު ކަމުގައި ވަޑައިގެންފިއެވެ. އަދި ކަލޭމެންނަށް އުނދަގޫވެ ވަރުބަލިވާ ކަންތައްޖެހުން އެކަލޭގެފާނުންގެ މައްޗަށް ބުރަކަމަކަށްވެއެވެ. އުނދަގޫފުޅުކަމަކަށްވެއެވެ. އަދި ކަލޭމެންނަށް (ތެދުމަގު ލިބުމަށް) އެކަލޭގެފާނު ދަހިވެތިވެވަޑައިގެންވެއެވެ. އަދި އެއީ مؤمن ތަކުންގެ މައްޗަށް ނުހަނު އޯގާވެރި رحم ބޮޑު ބޭކަލަކު ކަމުގައިވެއެވެ.

  38. 9:129

    فَإِن تَوَلَّوْا۟ فَقُلْ حَسْبِىَ ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ

    Faʹiñ tawallaw faq̣ul Ḥasbiyal laahu Laaa ʹilaaha ʹillaa Hoo: ʻalayhi tawakkaltu wa-Huwa Rabbul ʻArshil ʻAz̤̣eem!

    (އޭ رسول ﷲ އެވެ!) ދެންފަހެ (ކަލޭގެފާނުން ގެންވި حقّ އަށް) އެމީހުން ފުރަގަސްދީ އީމާން ނުވިއްޔާވެސް -ދެން ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. ﷲ ފިޔަވައި حقّ إله އަކު ނުވެއެވެ. ތިމަންކަލޭގެފާނު وكيل ކުރާނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ބޮޑުވެގެންވާ عرش ގެ ވެރި ކަލާނގެއެވެ.

  39. Surah YunusBegins here at 10:1

  40. 10:1

    الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْحَكِيمِ

    ʹAlif-Laaam-Raa. Tilka ʹAayaatul Kitaabil Ḥakeem.

    الر މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. މިއީ حكم ގަދަވެގެންވާ ފޮތުގެ އާޔަތްތަކެވެ. އެބަހީ: ކީރިތި قرآن ގެ އާޔަތްތަކެވެ.

  41. 10:2

    أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَآ إِلَىٰ رَجُلٍ مِّنْهُمْ أَنْ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ ءَامَنُوٓا۟ أَنَّ لَهُمْ قَدَمَ صِدْقٍ عِندَ رَبِّهِمْ ۗ قَالَ ٱلْكَـٰفِرُونَ إِنَّ هَـٰذَا لَسَـٰحِرٌ مُّبِينٌ

    ʹAkaana linnaasi ʻajaban ʹan ʹawḥaynaaa ʹilaa rajulim minhum ʹan ʹañẓirin naasa wa-bashshiril laẓeena ʹaamanooo ʹanna lahum q̣adama Ṣidq̣in ʻiñda Rabbihim? Q̣aalal Kaafiroona ʹinna haaẓaa lasaaḥirum mubeen!

    އެމީހުންގެތެރެއިން އެބަހީ: مكّة ގެ قريش ންގެ ތެރެއިން ފިރިހެނަކަށް ތިމަންރަސްކަލާނގެ وحي ބާވައިލެއްވީމާ އެކަން މީސްތަކުންނަށް عجائب އަކަށްވަނީހެއްޔެވެ؟ އެއީ އެބޭކަލަކު މީސްތަކުންނަށް ނަރަކައިގެ ވާހަކައިން ބިރުގަންނަވާ أنذار ކުރެއްވުމަށެވެ. އަދި مؤمن ންނަށް އެމީހުންގެ رَبّ ގެ حضرة ގައި ރަނގަޅު ދަރުމަޔާއި ثواب ހުރިކަމުގެ ނުވަތަ ތެދުވެރި މަތިވެރި ދަރަޖަ ހުރިކަމުގެ އުފާވެރި خبر ދެއްވުމަށެވެ. (އެއީ އެފަދަ عمل އެމީހުންކޮށްފައިވާތީއެވެ. ދެންފަހެ އެކަލޭގެފާނު އެފަދައިން رسول ކަން އިއްވެވުމުން) ކާފަރުންގެ މީހުން ބުނީ ހަމަކަށަވަރުން މިއީ ކަނޑައެޅި بيان ވެގެންވާ سِحر ވެރިއެކެވެ.

  42. 10:3

    إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ يُدَبِّرُ ٱلْأَمْرَ ۖ مَا مِن شَفِيعٍ إِلَّا مِنۢ بَعْدِ إِذْنِهِۦ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ فَٱعْبُدُوهُ ۚ أَفَلَا تَذَكَّرُونَ

    ʹInna Rabbakumul laahul laẓee khalaq̣as samaawaati wal-ʹarḍa fee sittati ʹay-yaamiñ s̤ummas tawaa ʻalal ʻArshi yudabbirul ʹamr. Maa- miñ shafeeʻin ʹillaa mim baʻdi ʹiẓnih. Ẓaalikumul laahu Rabbukum faʻbudooh: ʹafalaa taẓakkaroon?

    ހަމަކަށަވަރުން ކަލޭމެންގެ رَبّ އަކީ ﷲ އެވެ. އެކަލާނގެއީ ހަދުވަހެއްގެތެރޭގައި އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. ދެން عرش އަށް އެކަލާނގެ إِسْتِوَاى ވެވޮޑިގެންނެވިއެވެ. އެކަލާނގެ ކަންތައްތައް تدبير ކުރައްވައެވެ. (ކަންތައްތައް ނިޔާކުރައްވައެވެ. ހިންގަވައެވެ.) އެކަލާނގެ حضرة ގައި އެކަލާނގެ އިޒުނަ ދެއްވުމަށްފަހުގައިމެނުވީ އެއްވެސް މީހަކަށް شفاعة އެއްވާނޭ ހަމައެކަކުވެސް ނުވެއެވެ. (އޭ މީސްތަކުންނޭވެ!) އެއީ ﷲ އެވެ. އެއީ ކަލޭމެންގެ رَبّ އެވެ. އެހެންވެ ކަލޭމެން އެކަލާނގެއަށް އަޅުކަންކުރާށެވެ! އަޅެފަހެ ކަލޭމެން عبرة حاصل ކޮށް نصيحة އާއި وعظ ލިބިނުގަންނާނޭހެއްޔެވެ؟

  43. 10:4

    إِلَيْهِ مَرْجِعُكُمْ جَمِيعًا ۖ وَعْدَ ٱللَّهِ حَقًّا ۚ إِنَّهُۥ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ لِيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ بِٱلْقِسْطِ ۚ وَٱلَّذِينَ كَفَرُوا۟ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْفُرُونَ

    ʹIlayhi marjiʻukum jameeʻaa. Waʻdal laahi ḥaq̣q̣aa. ʹInnahoo yabdaʹul Khalq̣a s̤umma yuʻeeduhoo liyajziyal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati bilq̣isṭ; wallaẓeena kafaroo lahum sharaabum min ḥameemiñw waʻaẓaabun ʹaleemum bimaa kaanoo yakfuroon.

    ކަލޭމެން އެންމެން (މަރުވުމަށްފަހު އަލުން ދިރިގެން) އެނބުރި رُجُوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. އެއީ ﷲ وعد ކުރައްވާފައިވާ حقّ وعد ފުޅެކެވެ. (މަރުވުމަށްފަހު އަލުން ދިރުއްވައި حِسَاب ބައްލަވާ جزاء ދެއްވުމަށް محشر ކުރެއްވުމަކީ އެކަލާނގެ ކުރައްވާފައިވާ حقّ وعد ފުޅެކެވެ. ހަމަކަށަވަރުން އަލަށް ފައްޓަވައިގެން خَلْقُ ތަކުން ހެއްދެވީ އެކަލާނގެއެވެ. ދެން މަރުވުމަށްފަހު، އެކަލާނގެ އެހެއްދެވުން إعاد ކުރައްވާނެއެވެ. އަލުން ދިރުއްވާނެއެވެ. އެއީ إيمان ވެގެން صالح عمل ކުރި މީސްތަކުންނަށް عدل ވެރި ޖަޒާދެއްވުމަށެވެ. އަދި ކާފަރުވީ މީސްތަކުން ދަންނައެވެ! އެމީހުންނަށް އެދުވަހުން ހުންނަހުރީ ހޫނުކަން އެންމެމަތީ ދަރަޖައަށް އަރާފައިވާ ގަދަހޫނު ފެނުގެ ބުއިމާއި އަދި ގަދަވެގެންވާ ވޭންދެނިވި عذاب އެވެ. އެއީ އެމީހުން ކާފަރުވީކަމުގެ ސަބަބުންނެވެ.

  44. 10:5

    هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ

    Huwal laẓee jaʻalash shamsa ḍiyaaaʹañw walq̣amara noorañw waq̣addarahoo manaazila litaʻlamoo ʻadadas sineena walḥisaab. Maa- khalaq̣al laahu ẓaalika ʹillaa bilḥaq̣q̣. Yufaṣṣilul ʹAayaati liq̣awmiñy yaʻlamoon.

    އެކަލާނގެއީ އަލިކަންފޮނުވާ އަލިކޮށްދޭ އެއްޗެއްކަމުގައި އިރުހައްދަވައި އަދި ހަނދު އެއީ نُور އެއް ކަމުގައި ލެއްވި ކަލާނގެއެވެ. އަދި އަހަރުތަކުގެ عدد ދެނެގަތުމަށާއި އަދި ކަލޭމެން ހިސާބު ދެނެގަތުމަށްޓަކައި ހަނދު އެކިއެކި މަންޒިލްތަކުގައި يعني: ދަރަޖަތަކުގައި قَرَارُ ކުރައްވައި މިންވަރުކުރެއްވި ކަލާނގެއެވެ. ﷲ تعالى އެތަކެތި حقّ ގޮތުގައި މެނުވީ ނުހައްދަވައެވެ. އަދި ތަންދޮރު ދަންނަ މީސްތަކުންނަށްޓަކައި އެކަލާނގެ آية ތައް تفصيل ކުރައްވައި بيان ކޮށްދެއްވައެވެ. (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަން ދަންނަ އެކަމަށް ވިސްނާ އެކަން ދަންނަ މީސްތަކުންނަށް އެކަލާނގެ آية ތަކާއި حُجَّة ތައް تفصيل ކޮށްދެއްވައެވެ. އެއީ نَقْلِى ދަލީލާއި عَقْلِى ދަލީލެވެ.

  45. 10:6

    إِنَّ فِى ٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَـَٔايَـٰتٍ لِّقَوْمٍ يَتَّقُونَ

    ʹInna fikh tilaafil layli wannahaari wa-maa khalaq̣al laahu fis samaawaati wal-ʹarḍi laʹAayaatil liq̣awmiñy yattaq̣oon.

    ރޭގަނޑާއި ދުވާލު އެކައްޗަށްފަހު އަނެކަތި އަންނާނެގޮތަށް ރޭދުވާ ތަފާތުކުރެއްވުމުގައްޔާއި އަދި އުޑުތަކާއި ބިމުގައި ﷲ ހައްދަވާފައިވާ مَخْلُوق ތަކުގައި ﷲ އަށް ބިރުވެތިވެ تقوى ވެރިވާ ބަޔަކަށް (އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ މައްޗަށް) ދަލީލުކުރާ دليل އާއި ححّة އާއި ހެކިވާކަން ކަށަވަރެވެ.

  46. 10:7

    إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّوا۟ بِهَا وَٱلَّذِينَ هُمْ عَنْ ءَايَـٰتِنَا غَـٰفِلُونَ

    ʹInnal laẓeena laa- yarjoona liq̣aaaʹanaa wa-raḍoo bil-Ḥayaatid dunyaa waṭmaʹannoo bihaa wallaẓeena hum ʻan ʹAayaatinaa g̣aafiloon,―

    ހަމަކަށަވަރުން ތިމަންރަސްކަލާނގެއާއި ބައްދަލުވުމަށް ބިރުވެތި ނުވާމީހާ (ނުވަތަ އެކަމަށް ނޭދޭމީހާ، (އަދި آخرة ގެ حياة ގެ ބަދަލުގައި) ދުނިޔޭގެ حياة އަށް ރުހި އަދި އެތަނާއިމެދު ހިތްހަމަޖެހި އަދި އެމީހުން ތިމަންރަސްކަލާނގެ އާޔަތްތަކަށް غافل ވެއްޖެމީހުން ދަންނައެވެ!

  47. 10:8

    أُو۟لَـٰٓئِكَ مَأْوَىٰهُمُ ٱلنَّارُ بِمَا كَانُوا۟ يَكْسِبُونَ

    ʹUlaaaʹika maʹwaahumun Naaru bimaa kaanoo yaksiboon.

    އެމީހުންގެ ޖާގަޔަކީ، قيامة ދުވަހުން ނަރަކައެވެ. އެއީ އެމީހުންގެ ތަނެވެ. އެއީ އެމީހުން ހޯދައިގަތް ތަކެތީގެ ސަބަބުންނެވެ. ކުރި ފާފައިގެ ސަބަބުންނެވެ.

  48. 10:9

    إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ يَهْدِيهِمْ رَبُّهُم بِإِيمَـٰنِهِمْ ۖ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ فِى جَنَّـٰتِ ٱلنَّعِيمِ

    ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati yahdeehim Rabbuhum̃ biʹeemaanihim: tajree miñ taḥtihimul ʹanhaaru fee Jannaatin naʻeem.

    ހަމަކަށަވަރުން އީމާންވެގެންވާ صالح عمل ކުރިމީހުން ދަންނައެވެ! އެމީހުންގެ رَبُّ އެމީހުންނަށް ސުވަރުގެއަށް މަގުދައްކަވާނެއެވެ. އެއީ އެމީހުންގެ إيمان ކަމުގެ ސަބަބުންނެވެ. އެސުވަރުގެއަކީ އެތާނގެ أهل ވެރިންގެދަށުން އާރުތައް ދެމޭ ތަނެކެވެ. (އެބަހީ: އެއާރުތައް އެމީހުންގެ އަތްފޯރާފަށުގައި އެމީހުންނަށް ފަސޭހަވާނޭގޮތަށް ދެމޭ އާރުތަކެކެވެ.) އެއީ نعمة ތަކުގެ ވެރި ސުވަރުގެއެވެ.

  49. 10:10

    دَعْوَىٰهُمْ فِيهَا سُبْحَـٰنَكَ ٱللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَـٰمٌ ۚ وَءَاخِرُ دَعْوَىٰهُمْ أَنِ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ

    Daʻwaahum feehaa Subḥaanakal laahumma wa-taḥiyyatuhum feehaa Salaam! Wa-ʹaakhiru daʻwaahum ʹanil Ḥamdu lillaahi Rabbil ʻaalameen!

    އެތާނގައި އެމީހުންގެ دعاء އަކީ نِداء އަކީ " سُبْحَانَكَ اللَّهُمَّ " މިއެވެ. (މިބަސްފުޅުގެ މާނައީ، އޭ މާތްވެގެންވާ ﷲ އެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. މިއެވެ.) އަދި އެތާނގައި އެމީހުންގެ تَحِيَّة އަކީ سَلام އެވެ. (އެއީ އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ކުރާ ސަލާމެވެ. ނުވަތަ ملائكة ން ވަޑައިގެންކުރައްވާ سلام އެވެ. އަދި އެމީހުންގެ އެންމެފަހުގެ دعاء އަކީ އަދި نداء އަކީ " الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ " އެވެ. (މާނައީ، އެންމެހައި حمد އާއި تعريف އާއި ثناء އެއް خاصّ ވެގެންވަނީ عالم ތައް ހައްދަވާ އެތަންތަން ބަލަހައްޓަވާ އެތަންތަން تربيّة ކުރައްވާ އެތަންތާގެވެރި رَبّ އަށެވެ. މިއެވެ.)

  50. 10:11

    ۞ وَلَوْ يُعَجِّلُ ٱللَّهُ لِلنَّاسِ ٱلشَّرَّ ٱسْتِعْجَالَهُم بِٱلْخَيْرِ لَقُضِىَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا فِى طُغْيَـٰنِهِمْ يَعْمَهُونَ

    Wa-law yuʻajjilul laahu linnaasish sharra stiʻjaalahum̃ bil-khayri laq̣uḍiya ʹilayhim ʹajaluhum. Fanaẓarul laẓeena laa- yarjoona liq̣aaaʹanaa fee ṭug̣yaanihim yaʻmahoon.

    އަދި ﷲ تعالى މީސްތަކުންނަށް ނުބައިގޮތް އަވަސްކުރައްވަންޏާ އެމީހުންނަށް ރަނގަޅުގޮތް އަވަސްކުރައްވައެވެ. (އެބަހީ: ބަޔަކުމީހުން ހަލާކު ކުރެއްވުމަށް އިރާދަކުރައްވަންޏާ އެބަޔަކަށް ރަނގަޅު ފަސޭހަގޮތްތައް އަވަސްކުރައްވައެވެ.) ދެން އެމީހުންނަށް އެމީހުންގެ أَجَلُ يعني: މަރު ނިޔާކުރައްވައެވެ. އަދި ތިމަންރަސްކަލާނގެއާއި ބައްދަލުވުމަށް ބިރުވެތި ނުވާމީހުން އެމީހުންގެ ނުކިޔަމަންތެރިކަމާއި މަގުފުރެދުމުގެތެރޭގައި ދެފުށުއެޅިއެޅި ތިބުމަށް ތިމަންރަސްކަލާނގެ ދޫކޮށްލަމެވެ.

  51. 10:12

    وَإِذَا مَسَّ ٱلْإِنسَـٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوْ قَاعِدًا أَوْ قَآئِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُۥ مَرَّ كَأَن لَّمْ يَدْعُنَآ إِلَىٰ ضُرٍّ مَّسَّهُۥ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا۟ يَعْمَلُونَ

    Wa-ʹiẓaa massal ʹiñsaanaḍ ḍurru daʻaanaa lijambiheee ʹaw q̣aaʻidan ʹaw q̣aaaʹimaa. Falammaa kashafnaa ʻanhu ḍurrahoo marra kaʹal lam yadʻunaaa ʹilaa ḍurrim massah! Kaẓaalika zuyyina lilmusrifeena maa- kaanoo yaʻmaloon!

    އަދި އިންސާނާއަށް އުނދަގުލެއް ދަތިކަމެއް ޖެހިޖެއްޔާ އޭނާ އަރިޔަށް އޮވެގެން ނުވަތަ އިށީނދެ އިނދެގެން ނުވަތަ ކޮޅަށްހުރެގެން އޭނާ ތިމަންރަސްކަލާނގެއަށް دعاء ކޮށް ދަންނަވައެވެ. ދެންފަހެ ތިމަންރަސްކަލާނގެ އޭނާގެ ކިބައިން އޭނާގެ އުނދަގޫ ފިއްލަވާ ދުރުކޮށްދެއްވައިފިއްޔާ އޭނާ ކުރީވެސް އެހުރި ނުބައިކަންމަތީ (ކާފަރުކަންމަތީ) ދެމިހުރެއެވެ. އަދި އޭނާ ކޮންފަދަހެއްޔެވެ؟ އޭނަޔަށް ދައްޗެއް އުނދަގުލެއް ޖެހިގެން ތިމަންރަސްކަލާނގެއަށް دعاء ކޮށް ނުދަންނަވާކަހަލައެވެ. އެފަދައިން (އެބަހީ: މިނުކިޔަމަންތެރި އިންސާނާ ނުކިޔަމަންތެރިކަންމަތީ ދެމިހުންނަފަދައިން) ދޮގުހެދުމުގައި إسْراف ކޮށް نبي ންނަށް تبع ނުވި މީސްތަކުންނަށް އެމީހުންކުރާކަމުގައިވި ކަންތައްތައް ޒީނަތްތެރިކުރެވުނެވެ.

  52. 10:13

    وَلَقَدْ أَهْلَكْنَا ٱلْقُرُونَ مِن قَبْلِكُمْ لَمَّا ظَلَمُوا۟ ۙ وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ وَمَا كَانُوا۟ لِيُؤْمِنُوا۟ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ

    Wa-laq̣ad ʹahlaknal q̣uroona miñ q̣ablikum lammaa z̤̣alamoo wa-jaaaʹathum rusuluhum̃ bil-Bayyinaati wa-maa kaanoo liyuʹminoo! kaẓaalika najzil q̣awmal mujrimeen!

    (އޭ قريش ންނޭވެ!) ކަލޭމެންގެ ކުރީގެ أمّة ތައްވެސް އެމީހުން شرك ކޮށް ﷲ ގެ أمر އާއި خلاف ވެ އަނިޔާވެރިވީހިނދުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. އެމީހުންގެ ގާތަށް ބަޔާންވެގެންވާ حجّة އާއި دليل އާއިގެން އެމީހުން رسول ން ވަޑައިގެންނެވިއެވެ. އެމީހުން އީމާންވީބަޔަކު ކަމުގައި ނުވިއެވެ. އެހެންވެ ތިމަންރަސްކަލާނގެ އެމީހުން ހަލާކު ކުރެއްވީއެވެ. (އޭ قريش ންނޭވެ! ކަލޭމެންނަށްވެސް ބަސްނުއެހިއްޔާވާނީ ހަމަ އެހެންނެވެ.) ނުބައިނުލަފާ މީހުންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

  53. 10:14

    ثُمَّ جَعَلْنَـٰكُمْ خَلَـٰٓئِفَ فِى ٱلْأَرْضِ مِنۢ بَعْدِهِمْ لِنَنظُرَ كَيْفَ تَعْمَلُونَ

    S̤umma jaʻalnaakum khalaaaʹifa fil ʹarḍi mim baʻdihim linañz̤̣ura kayfa taʻmaloon!

    ދެން އެމީހުންނަށްފަހު ތިމަންރަސްކަލާނގެ ކަލޭމެން (قريش ން) ތިމަންރަސްކަލާނގެ ބިމުގައި خليفة ވެރިކުރެއްވީމުއެވެ. އެއީ ކަލޭމެން ކަންތައްކުރާގޮތް ތިމަންރަސްކަލާނގެ ދެކެވޮޑިގެންވާކަން ފާޅުކުރައްވާ ދެއްކެވުމަށެވެ.

  54. 10:15

    وَإِذَا تُتْلَىٰ عَلَيْهِمْ ءَايَاتُنَا بَيِّنَـٰتٍ ۙ قَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا ٱئْتِ بِقُرْءَانٍ غَيْرِ هَـٰذَآ أَوْ بَدِّلْهُ ۚ قُلْ مَا يَكُونُ لِىٓ أَنْ أُبَدِّلَهُۥ مِن تِلْقَآئِ نَفْسِىٓ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۖ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ

    Wa-ʹiẓaa tutlaa ʻalayhim ʹAayaatunaa Bayyinaatiñ q̣aalal laẓeena laa- yarjoona liq̣aaa ʹanaʹti bi-Q̣urʹaanin g̣ayri haaẓaaa ʹaw baddilh. Q̣ul maa- yakoonu leee ʹan ʹubaddilahoo miñ tilq̣aaaʹi nafsee: ʹin ʹattabiʻu ʹillaa maa- yooḥaaa ʹilayy: ʹinneee ʹakhaafu ʹin ʹaṣaytu Rabbee ʻAẓaaba Yawmin ʻAz̤̣eem.

    އަދި އެމީހުންގެ މައްޗަށް بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ ތިމަންރަސްކަލާނގެއާއި ބައްދަލުވުމަށް ބިރުވެތިނުވާމީހުން (ނުވަތަ ތިމަންރަސްކަލާނގެ عذاب އަށް ބިރުވެތި ނުވާމީހުން) ބުނާނެއެވެ. މި قرآن ނޫން އެހެން قرآن އެއް ގެނަސްދޭށެވެ! ނުވަތަ އެ قرآن ބަދަލުކޮށްދޭށެވެ! (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ބަދަލުކުރުމީ އެއްގޮތަކަށް ތިމަންކަލޭގެފާނަށް އޮތްކަމެއްނޫނެވެ. (ނުވަތަ ކުޅަދާނަކަމެއްނޫނެވެ. / ހުއްދަކަމެއްނޫނެވެ.) ތިމަންކަލޭގެފާނަށް ބާވައިލެއްވޭ وحي އަށް މެނުވީ ތިމަންކަލޭގެފާނު تبع ވާކަމުގައި ނުވެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އަށް ތިމަންކަލޭގެފާނު އުރެދިއްޖެއްޔާ ބޮޑުވެގެންވާދުވަހެއްގެ (قيامة ދުވަހުގެ) عذاب އަށް ބިރުފުޅުގެންވަޑައިގަންނަވަމެވެ.

  55. 10:16

    قُل لَّوْ شَآءَ ٱللَّهُ مَا تَلَوْتُهُۥ عَلَيْكُمْ وَلَآ أَدْرَىٰكُم بِهِۦ ۖ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِّن قَبْلِهِۦٓ ۚ أَفَلَا تَعْقِلُونَ

    Q̣ul law shaaaʹal laahu maa- talawtuhoo ʻalaykum wa-laaa ʹadraakum̃ bih. Faq̣ad labis̤tu feekum ʻumuram miñ q̣ablih: ʹafalaa taʻq̣iloon?

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވިނަމަ ތިމަންކަލޭގެފާނުން ކަލޭމެންގެމައްޗަށް އެ قرآن ނުކިޔެވީމުހެވެ. އަދި ކަލޭމެނަށް އެ قرآن އުގަންނައިވެސް ނުދިނީހެވެ. އަދި އެ قرآن ކިޔެވުމުގެކުރިން ކަލޭމެންގެތެރޭގައި عُمُر ގެ ދުވަސްތަކެއްގައި (ސާޅީސްއަހަރު) ހުރީމެވެ. ކަލޭމެން ފަހެ އެއްޗެއް ނުވިސްނަމުހެއްޔެވެ؟

  56. 10:17

    فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْمُجْرِمُونَ

    Faman ʹaz̤̣lamu mimmanif taraa ʻalal laahi kaẓiban aw kaẓẓaba biʹAayaatih. ʹInnahoo laa- yufliḥul mujrimoon.

    ފަހެ ﷲ ގެ މައްޗަށް ބޮޑުދޮގެއް އުފައްދައިގަތްމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ ނުވަތަ އެކަލާނގެ آية ތައް ދޮގުކުރިމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކު ނުހުންނާނެއެވެ.) ހަމަކަށަވަރުން ނުބައިނުލަފާ ދޮގުވެރިންނަށް ކާމިޔާބު ނުވާހުއްޓެވެ.

  57. 10:18

    وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ

    Wa-yaʻbudoona miñ doonil laahi maa laa- yaḍurruhum wa-laa yañfaʻuhum wa-yaq̣ooloona haaaʹulaaaʹi shufaʻaaaʹunaa ʻiñdal laah. Q̣ul ʹa-tunabbiʹoonal laaha bimaa laa- yaʻlamu fis samaawaati wa-laa fil ʹarḍ? Subḥaanahoo wa-Taʻaalaa ʻammaa yushrikoon!

    އަދި ﷲ ފިޔަވައި އެމީހުން - އެބަހީ مشرك ން - އެއަޅުކަންކުރަނީ އެމީހުންނަށް އެއްވެސް ގެއްލުމެއް ނުދެވޭ އަދި ނުވަތަ އެމީހުނަށް އެއްވެސް منفع އެއްނުދެވޭ ތަކެއްޗަށެވެ. އަދި އެމީހުން ބުނަނީ މިތަކެއްޗަކީ (ބުދުތަކަކީ) ﷲ ގެ حضرة ގައި އަހުރެމެންނަށް شفاعة ތެރިވާނޭ شفاعة ތެރިން ތަކެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް އަދި ބިމުގައިވެސް ﷲ ދެނެވޮޑިގެންނުވާ އެއްޗެހިތަކެއްގެ خبر ކަލޭމެން ﷲ އަށް ދެނީހެއްޔެވެ؟ (އެގޮތަކީ ﷲ ގެ حضرة ގައި އެބުދުތައް شفاعة ވާނޭ އެއްވެސް دليل އެއް حجّة އެއްނެތެވެ.) އެމީހުން އެ شريك ކުރާތަކެތި ފިޔަވައި ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އަދި މަތިވެރިވެވޮޑިގެންވެއެވެ.

  58. 10:19

    وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةً وَٰحِدَةً فَٱخْتَلَفُوا۟ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ فِيمَا فِيهِ يَخْتَلِفُونَ

    Wa-maa kaanan naasu ʹillaaa ʹummatañw waaḥidatañ fakhtalafoo. Wa-lawlaa kalimatuñ sabaq̣at mir Rabbika laq̣uḍiya baynahum fee-maa feehi yakhtalifoon.

    އަދި އެއް دين އެއްގެ މަތީގައި މެނުވީ މީސްތަކުން ނުވެއެވެ. (އެބަހީ: އެންމެހައި މީސްތަކުންވީ އެއް دين އެއްގެ أهل ވެރިބަޔަކުކަމުގައެވެ. އެއީ توحيد ގެ دين އެވެ.) ދެންފަހެ އެމީހުން إختلاف ވެ ދެބަސްވީއެވެ. (އެއްބަޔަކު ކާފަރުވެ އަނެއްބަޔަކު مؤمن ން ކަމުގައިވީއެވެ.) އަދި ކަލޭގެފާނުންގެ ربّ ގެ حضرة ން كلمة ފުޅެއްނުވިނަމަ (އެބަހީ: މީސްތަކުން أجل ހަމަވާންދެން ބެއިތިއްބުމުގެ كلمة ފުޅު ނުވިނަމަ) އެމީހުންގެމެދުގައި އެ إختلاف ވެ ދެބަސްވާކަންތަކާއިމެދު ނިޔާކުރެވި ނިމިއްޖައީހެވެ.

  59. 10:20

    وَيَقُولُونَ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ ۖ فَقُلْ إِنَّمَا ٱلْغَيْبُ لِلَّهِ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ

    Wa-yaq̣ooloona Law-laaa ʹuñzila ʻalayhi ʹAayatum mir Rabbih? Faq̣ul ʹinnamal G̣aybu lillaahi fañtaz̤̣iroo: ʹinnee maʻakum minal muñtaz̤̣ireen.

    އަދި އެ مشرك ން ބުނެއެވެ. "އެކަލޭގެފާނުންގެ މައްޗަށް އެބަހީ: محمّد ގެފާނުންގެ މައްޗަށް - (ފަރުބަދަ ރަނަށްވުންފަދަ މަރުވެފައިވާމީހުން ދިރުއްވުންފަދަ) معجزة އެއް دليل އެއް އެކަލޭގެފާނުންގެ ربّ ގެ حضرة ން ބާވައިލައްވާނޭ ނަމައެވެ! ނުވަތަ ބާވައިނުލެއްވީ ކީއްވެގެންބާވައެވެ؟" ކަލޭގެފާނު ވިދާޅުވާށެވެ! "އެފަދަ އެންމެހައި غيب ގެ ކަންތައް خاصّ ވެގެންވަނީ ހަމައެކަނި ﷲ އަށެވެ. (އޭ މީސްތަކުންނޭވެ! حقُّ حقّ އަށް އަދި بَاطِلُ باطل އަށް ނިޔާކުރެއްވުމުގެ ވަގުތަށް) ކަލޭމެން إنتظار ކުރާށެވެ! އަހުރެންވެސް މިވަނީ ކަލޭމެނާއެކު إنتظار ކުރާމީހުންގެ ތެރެއިންނެވެ."

  60. 10:21

    وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةً مِّنۢ بَعْدِ ضَرَّآءَ مَسَّتْهُمْ إِذَا لَهُم مَّكْرٌ فِىٓ ءَايَاتِنَا ۚ قُلِ ٱللَّهُ أَسْرَعُ مَكْرًا ۚ إِنَّ رُسُلَنَا يَكْتُبُونَ مَا تَمْكُرُونَ

    Waʹiẓaaa ʹaẓaq̣nan naasa raḥmatam mim baʻdi ḍarraaaʹa massathum ʹiẓaa lahum makruñ feee ʹAayaatinaa! Q̣ulil laahu ʹasraʻu makraa! ʹInna rusulanaa yaktuboona maa- tamkuroon!

    އަދި މީސްތަކުންނަށްޖެހުނު ބޮޑު ދަތިއުނދަގުލަކަށްފަހު ތިމަންރަސްކަލާނގެ އެމީސްތަކުންނަށް رحمة އެއްގެ ރަހަދައްކަވައިފިއްޔާ އެމީހުން ތިމަންރަސްކަލާނގެ آية ތަކާއި حجّة ތަކަށް مَكر ހަދައި ފުރައްސާރަކޮށް ދޮގުކޮށް ހަދައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ގެ مَكر މާ އަވަހެވެ. إسْتِدْرَاجُ ން އެކަލާނގެ ކަލޭމެން ހިއްޕަވައި عقوبة ދެއްވުން މާއަވަހެވެ. (އަދި އެކަލާނގެ ވަޙީ ކުރެއްވިއެވެ.) އަދި ތިމަންރަސްކަލާނގެ ފޮނުއްވާފައިވާ ملائكة ބޭކަލުން ހަމަކަށަވަރުން ކަލޭމެން ތިޔަކުރާ މަލާމާތާއި ދޮގުތައް އަދި ރާވާ ނުބައި ރޭވުންތައް ލިއުއްވައެވެ.

  61. 10:22

    هُوَ ٱلَّذِى يُسَيِّرُكُمْ فِى ٱلْبَرِّ وَٱلْبَحْرِ ۖ حَتَّىٰٓ إِذَا كُنتُمْ فِى ٱلْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُوا۟ بِهَا جَآءَتْهَا رِيحٌ عَاصِفٌ وَجَآءَهُمُ ٱلْمَوْجُ مِن كُلِّ مَكَانٍ وَظَنُّوٓا۟ أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ لَئِنْ أَنجَيْتَنَا مِنْ هَـٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ

    Huwal laẓee, yusayyirukum fil barri walbaḥr; ḥattaaa ʹiẓaa kuñtum fil fulk; wa-jarayna bihim̃ bireeḥiñ ṭayyibatiñw wafariḥoo bihaa jaaaʹathaa reeḥun ʻaaṣifuñw Wajaaaʹahumul mawju miñ kulli makaaniñw waz̤̣annooo ʹannahum ʹuḥeeṭa bihim daʻa wullaaha mukhliṣeena lahud Deen: laʹin ʹañjaytanaa min haaẓihee lanakoonanna minash Shaakireen!

    (އޭ މީސްތަކުންނޭވެ!) އެއްގަމާއި ކަނޑުގައި ކަލޭމެން ހިންގަވައި ދަތުރުފަތުރު ކުރުވަނީ ހަމަ އެކަލާނގެއެވެ. (އެކަންކަމުގެ މަގުތަނަވަސްކޮށްދެއްވަނީ ހަމަ އެކަލާނގެއެވެ.) ކަލޭމެން ނައުފަހަރުގައި (އެބަހީ: މޫދުގައި ދުވާ އުޅަނދުފަހަރުގައި) ވެއްޖައުމަށްދާންދެނެވެ. ދެންފަހެ އެބަޔަކާއިގެން އެއުޅަނދު ރަނގަޅު ވައިގައި ދުވެދެއެވެ. އަދި އެކަމަށް އެމީހުން އުފާކުރެއެވެ. (ދެން އޭގެފަހުން) އެއުޅަނދަށް ގަދަވައިޖެހިދެއެވެ. ކަނޑުގަދަވެ ހުރިހާ ފަރާތަކުން ރާޅުތައް އެމީހުންނަށް އަތުވެދެއެވެ. އަދި އެމީހުންނަށް ހީވާނީ އެމީހުންގެ ވަށައިގެން ހަލާކު ލާވަށައިލީކަމަށެވެ. (ދެން) އެމީހުން ވަރަށް إخلاص ތެރިކަމާއެކު ﷲ އަށް دعاء ކުރާނެއެވެ. (ދަންނަވާނެއެވެ.) އިބަރަސްކަލާނގެ އަޅަމެން މިކަމުން ސަލާމަތްކޮށްދެއްވައިފިއްޔާ ހަމަކަށަވަރުން އަޅަމެންވާހުށީ شكر ކުރާމީހުންގެ ތެރެއިންނެވެ. (އެބަހީ: ކިޔަމަންތެރިވެ އިބަރަސްކަލާނގެއަށް އަޅުކަން خلاص ކުރާބަޔަކުކަމުގައިވާހުށީމެވެ.)

  62. 10:23

    فَلَمَّآ أَنجَىٰهُمْ إِذَا هُمْ يَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۗ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَا بَغْيُكُمْ عَلَىٰٓ أَنفُسِكُم ۖ مَّتَـٰعَ ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ إِلَيْنَا مَرْجِعُكُمْ فَنُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

    Falammaaa ʹañjaahum ʹiẓaa hum yabg̣oona fil ʹarḍi big̣ayril ḥaq̣q̣! Yaaaʹayyuhan naasu ʹinnamaa bag̣yukum ʻalaaa ʹañfusikum mataaʻal Ḥayaatid dunyaa: s̤umma ʹilaynaa marjiʻukum fanunabbiʹukum̃ bimaa kuñtum taʻmaloon.

    ދެންފަހެ ތިމަންރަސްކަލާނގެ އެމީހުން ސަލާމަތްކުރެއްވިހިނދުން، އެހައިރުން އެމީހުން އެއްވެސް حقّ އެއްނެތި ބިމުގައި އަލުންވެސް ނުކިޔަމަންތެރިވެ بغاوة ކުރަނީއެވެ. ހައްދުފަހަނަޅައިދަނީއެވެ. އޭ މީސްތަކުންނޭވެ! ކަލޭމެންގެ ނުކިޔަމަންތެރިކަމާއި ހައްދުފަހަނަޅައިގަތުމުގެ ނުބައިކަން ރައްދުވާނީ ހަމަ ކަލޭމެންގެ نفس ތަކަށެވެ. (ﷲ އަކަށް އެއްވެސް ގެއްލުމެއް ނުފޯރާނެއެވެ.) އެއީ ދުނިޔޭގެ حياة ގެ ކުޑަ އަރާމުކޮޅެކެވެ. (އެބަހީ ދުނިޔޭގައި ނުކިޔަމަންތެރިވެ މަޖާކުރަން އުޅޭ ވަގުތުކޮޅު އެއީ ކުޑަވަގުތުކޮޅެކެވެ.) ދެން ކަލޭމެން އަލުންވެސް رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. އަދި ދެން ކަލޭމެން (ދުނިޔޭގައި ތިބެގެން) ކުރާކަމުގައިވީ ކަންތައްތަކުގެ خبر ތިމަންރަސްކަލާނގެ ކަލޭމެނަށް ދޭހުށީމެވެ.

  63. 10:24

    إِنَّمَا مَثَلُ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ مِمَّا يَأْكُلُ ٱلنَّاسُ وَٱلْأَنْعَـٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلْأَرْضُ زُخْرُفَهَا وَٱزَّيَّنَتْ وَظَنَّ أَهْلُهَآ أَنَّهُمْ قَـٰدِرُونَ عَلَيْهَآ أَتَىٰهَآ أَمْرُنَا لَيْلًا أَوْ نَهَارًا فَجَعَلْنَـٰهَا حَصِيدًا كَأَن لَّمْ تَغْنَ بِٱلْأَمْسِ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَتَفَكَّرُونَ

    ʹInnamaa Mas̤alul Ḥayaatid dunyaa kamaaaʹin ʹañzalnaahu minas samaaaʹi fakhtalaṭa bihee nabaatul ʹarḍi mimmaa yaʹkulun naasu wal-ʹanʻaam: ḥattaaa ʹiẓaaa ʹakhaẓatil ʹarḍu zukhrufahaa wazzayyanat waz̤̣anna ʹahluhaaa ʹannahum q̣aadiroona ʻalayhaaa ʹataahaaa ʹamrunaa laylan ʹaw nahaarañ fajaʻalnaahaa ḥaṣeedañ kaʹal lam tag̣na bil-ʹams! Kaẓaalika nufaṣṣilul ʹAayaati liq̣awmiñy yatafakkaroon.

    ހަމަކަށަވަރުން ދުނިޔޭގެ ދިރިއުޅުމުގެ މިސާލަކީ ތިމަންރަސްކަލާނގެ އުޑުން އެބާވައިލެއްވި ފެންގަނޑެއްގެ މިސާލެވެ. ދެން މީސްތަކުންނާއި نَعَم ސޫފިކައިހަދާ ގަސްގަހާގެއްސަށް އެފެން ވެހި އެކުވެ (ގަސްތައް ހެދިގަނެ) ބިންގަނޑު ތަރޯތާޒާވެ ޒީނަތްތެރިވެ އަދި އެތާނގެ أهل ވެރިންނަށް ދެން އެގަސްގަހާގެހީގެ މޭވާގެ މައްޗަށް ކުޅަދާނަވެއްޖެކަމަށް ހީވެދެއެވެ. ދެން އެހިނދުން ރޭގަނޑުގެ ވަގުތެއްގައި ނުވަތަ ދުވާލުގެ ވަގުތެއްގައި އެތަނަށް ތިމަންރަސްކަލާނގެ އަމުރުފުޅު (އެބަހީ: އެތަން ހަލާކުކުރެއްވުމުގެ އަމުރުފުޅު) އަތުވެދެއެވެ. ދެން އެތަނަކީ ދަނޑުކެނޑެވި ގަސްތައް ވެރިފައިވާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ އެތަން ހަދައިލަމެވެ. އެތަން ކޮންފަދަހެއްޔެވެ؟ އެތަނަކީ އިއްޔެ އެއްވެސްގަހެއް އަދި ދަނޑެއް ނެތް ތަނެއްފަދައެވެ. فِكر ކޮށް ވިސްނާބަޔަކަށް ތިމަންރަސްކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކާއި حجّة ތައް ތިމަންރަސްކަލާނގެ نفصيل ކޮށްދެއްވަނީ އެފަދައިންނެވެ. (އެހެނީ: ދުނިޔޭގެ ދިރިއުޅުންވެސް އެގަސްތައް ހަލާކުވީހާ އަވަހަށް ފަނާވެދެއެވެ.)

  64. 10:25

    وَٱللَّهُ يَدْعُوٓا۟ إِلَىٰ دَارِ ٱلسَّلَـٰمِ وَيَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

    Wallaahu yadʻooo ʹilaa Daaris Salaam: wa-yahdee mañy yashaaaʹu ʹilaa Ṣiraaṭim Mustaq̣eem.

    އަދި ﷲ سبحانه وتعالى (މީސްތަކުންނަށް) ގޮވާލައްވަނީ دَارُالسَّلام އަށެވެ. ސުވަރުގެއަށެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ސީދާވެގެންވާ ތެދުމަގު ދައްކަވައެވެ.

  65. 10:26

    ۞ لِّلَّذِينَ أَحْسَنُوا۟ ٱلْحُسْنَىٰ وَزِيَادَةٌ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ

    Lil-laẓeena ʹaḥsanul ḥusnaa wa-ziyaadah! Wa-laa yarhaq̣u wujoohahum q̣ataruñw walaa ẓillah! ʹUlaaaʹika ʹAṣḥaabul Jannah; hum feehaa khaalidoon.

    (ދުނިޔޭގައި ރަނގަޅު ހެޔޮ عمل ކުރި) إحسان ތެރި މާތްމީހުންނަށް - قيامة ދުވަހުން - ސުވަރުގެ ހުއްޓެވެ. އަދި އޭގެއިތުރު نعمة ތައްވެސްވެއެވެ. އޭގެތެރެއިން އެންމެބޮޑު نعمة އަކީ ސީދާ ﷲ ގެ وجه ފުޅު ބެލުމުގެ نعمة އެވެ. އަދި އެމީހުންގެ މޫނުތަކުގައި އެއްވެސް ބަނަކަމެއް އަދި އެއްވެސް ދެރަނިކަމެތިކަމެއް ނުވާހުއްޓެވެ. (ހުންނާނީ نعمة ތަކުގެ އުފާވެރިކަމުގެ ތާޒާކަމެވެ.) އެމީހުން އެއީ ސުވަރުގޭގެ އެކުވެރިންނެވެ. އަދި އެމީހުން ދެމިތިބޭނީވެސް ހަމައެތާނގައެވެ.

  66. 10:27

    وَٱلَّذِينَ كَسَبُوا۟ ٱلسَّيِّـَٔاتِ جَزَآءُ سَيِّئَةٍۭ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ ۖ مَّا لَهُم مِّنَ ٱللَّهِ مِنْ عَاصِمٍ ۖ كَأَنَّمَآ أُغْشِيَتْ وُجُوهُهُمْ قِطَعًا مِّنَ ٱلَّيْلِ مُظْلِمًا ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ

    Wallaẓeena kasabus sayyiʹaati jazaaaʹu sayyiʹatim bimis̤lihaa wa-tarhaq̣uhum ẓillah: maa- lahum minal laahi min ʻaaṣim: Kaʹannamaaa ʹug̣shiyat wujoohuhum q̣iṭaʻam minal layli muz̤̣limaa: ʹulaaaʹika ʹAṣḥaabun Naari hum feehaa khaalidoon!

    އަދި ނުބައިކަންތައްތައް ކުރި މީސްތަކުން ދަންނައެވެ! އެމީހުންނަށް قيامة ދުވަހުން ހުންނަހުށީ އެމީހުން އެކުރި ނުބައިކަމާއި އެއްފަދަ ޖަޒާއެވެ. އަދި އެމީހުންގެ މޫނުތައް ނިވައިވެގެންވާނީ ދެރަކަމާއި ނިކަމެތިކަމުންނެވެ. އަދި ﷲ ގެ ކޯފާއާއި عذاب ން އެމީހުން ސަލާމަތްކޮށްދޭނެ ހަމައެކަކުވެސް އެމީހުންނަކަށް ނުވާނެއެވެ. އެމީހުންގެ މޫނުތައް ކޮންފަދަހެއްޔެވެ؟ކަޅުރޭގަނޑެއްގެ ބައެއް އެމީހުންގެ މޫނުތައް ނިވައިކޮށްފާވާކަހަލައެވެ. އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.

  67. 10:28

    وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا۟ مَكَانَكُمْ أَنتُمْ وَشُرَكَآؤُكُمْ ۚ فَزَيَّلْنَا بَيْنَهُمْ ۖ وَقَالَ شُرَكَآؤُهُم مَّا كُنتُمْ إِيَّانَا تَعْبُدُونَ

    Wa-yawma naḥshuruhum jameeʻañ s̤umma naq̣oolu lil-laẓeena ʹashrakoo makaanakum ʹañtum wa-shurakaaʹukum. Fazayyalnaa baynahum wa-q̣aala shurakaaaʹuhum maa kuñtum ʹiyyaanaa taʻbudoon!

    އަދި އެއެންމެން ތިމަންރަސްކަލާނގެ محشر ކުރައްވާދުވަހުން شريك ކުރިމީހުންނަށް ތިމަންރަސްކަލާނގެ وحي ކުރައްވާހުށީމެވެ. ކަލޭމެންނާއި ކަލޭމެން (ތިމަންރަސްކަލާނގެ ފިޔަވައި އެފަރާތްތަކަށް އަޅުކަންކުރި) شريك ންތައް ތިޔަތިބިތާ ތިބޭށެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންނާއި شريك ނުކުރާ އެހެންމީހުންނާއި ދެމެދު ވަކިކުރައްވާހުށީމެވެ. އަދި އެ شريك ންތައް شريك ކުރިމީހުންނާއި ދިމާއަށް ބުނާނެއެވެ. ކަލޭމެން ތިމަންބައިމީހުންނަށް އަޅުކަން ކުރި މީހުންކަމުގައި ނުވެއެވެ.

  68. 10:29

    فَكَفَىٰ بِٱللَّهِ شَهِيدًۢا بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَـٰفِلِينَ

    Fakafaa billaahi shaheedam baynanaa wa-baynakum ʹiñ kunnaa ʻan ʻibaadatikum lag̣aafileen!

    ފަހެ ކަލޭމެންނާއި އަހުރެމެންނާއި ދެމެދުގެ ހެކިވެރިއަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. ހަމަކަށަވަރުން ކަލޭމެން އަހުރެމެންނަށް ކުރި އަޅުކަމުން އަހުރެމެންވަނީ غافل ވެގެންނެވެ. އަހުރެމެންނަކަށް އެކަމެއް ނޭނގެއެވެ.

  69. 10:30

    هُنَالِكَ تَبْلُوا۟ كُلُّ نَفْسٍ مَّآ أَسْلَفَتْ ۚ وَرُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ

    Hunaalika tabloo kullu nafsim maaa ʹaslafat wa-ruddooo ʹilal laahi Mawlaahumul Ḥaq̣q̣i wa-ḍalla ʻanhum maa kanoo yaftaroon.

    އެހިނދުން ކޮންމެ نفس އެއްވެސް އެ نفس އެއް ހެޔޮނުބައިގެތެރެއިން ކުރި އެންމެހައި ކަންކެއްހޯދާ ސާފުކުރާނެއެވެ. އަދިރަނގަޅަށް އެނގޭނެއެވެ. އަދި އެމީހުންގެ حقّ ސަހަރޯވެރިޔާކަމުގައިވާ ﷲ ގެ حضرة އަށް އެމީހުން ރައްދުކުރެވޭނެއެވެ. އަދި އެމީހުން (ދުނިޔޭގައި) ދޮގުހަދައިގެން އަޅުކަންކުރި ހުރިހާތަކެތި އެމީހުންނަށް ގެއްލޭނެއެވެ.

  70. 10:31

    قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ

    Q̣ul mañy yarzuq̣ukum minas samaaaʹi wal-ʹarḍi ʹammañy yamlikus samʻa wal-ʹabṣaara wa-mañy yukhrijul ḥayya minal mayyiti wa-yukhrijul mayyita minal ḥayyi wa-mañy yudabbirul ʹamr? Fasayaq̣ooloonal laah. faq̣ul ʹafalaa tattaq̣oon?

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އުޑާއި ބިމުން ކަލޭމެނަށް ރިޒުގުދެއްވަނީ ކާކުތޯ އެ مشرك ން ކުރެން އައްސަވައި ބައްލަވާށެވެ! ނުވަތަ އިވުމާއި ފެނުންތައް مِلْكُ ވެ خاصّ ވެގެންވަނީ ކާކަށްތޯ (އައްސަވައިބަލާށެވެ!) އަދި މަރުވެފައިވާތަކެތީން ދިރޭތަކެތި، އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާތަކެތި ނެރުއްވައި އަދި ކަންތައްތައް تدبير ކުރައްވަނީ ކާކުތޯ އެމީހުން ކުރެން ނިކަން އައްސަވައިބައްލަވާށެވެ! (އޭގެ ޖަވާބުގައި) ނިކަންހުރެ އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ފަހެ ކަލޭގެފާނު ވިދާޅުވެބައްލަވާށެވެ! ކަލޭމެން ފަހެ ބިރުވެތިނުވާނޭ ހެއްޔެވެ؟

  71. 10:32

    فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلْحَقُّ ۖ فَمَاذَا بَعْدَ ٱلْحَقِّ إِلَّا ٱلضَّلَـٰلُ ۖ فَأَنَّىٰ تُصْرَفُونَ

    Faẓaalikumul laahu Rabbukumul Ḥaq̣q̣: famaaẓaa baʻdal Ḥaq̣q̣i ʹillaḍ ḍalaal? Faʹannaa tuṣrafoon?

    (އޭ މީސްތަކުންނޭވެ!) މިކަންތައްތައް މިހިންގަވާ ފަރާތަކީ ކަލޭމެންގެ حقّ رَبُّ ކަމުގައިވާ ﷲ އެވެ. حقّ قبول ނުކުރުމަށްފަހު ދެން قبول ކުރާނީ ކޮންއެއްޗެއްހެއްޔެވެ؟ ދެން ހަމަ މަގުފުރެދުން މެނުވީ قبول ކުރާކަށް އެހެން އެއްޗެއްނުވެއެވެ. ފަހެ حقّ ފިޔަވައި ކަލޭމެން އެނބުރިދާންވީ ކޮންފަދައަކުންހެއްޔެވެ؟

  72. 10:33

    كَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ فَسَقُوٓا۟ أَنَّهُمْ لَا يُؤْمِنُونَ

    Kaẓaalika ḥaq̣q̣at Kalimatu Rabbika ʻalal laẓeena fasaq̣ooo ʹannahum laa- yuʹminoon.

    (އެމީހުން حقّ ފިޔަވައި މަގުފުރެދުމުގެ ފަރާތަށް އެނބުރިގަތްފަދައިން) ހަމައެފަދައިން އެމީހުންގެ މައްޗަށް އެބަހީ فاسق ންގެމައްޗަށް ކަލޭގެފާނުންގެ ربّ ގެ كلمة ފުޅު حقّ ވެއްޖެއެވެ. އެ كلمة ފުޅަކީ ހަމަކަށަވަރުން އެމީހުން إيمان ނުވާނެއެވެ. (އެއީ އެކަލާނގެ أزَلى علم ފުޅުގައިވާގޮތެވެ.)

  73. 10:34

    قُلْ هَلْ مِن شُرَكَآئِكُم مَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۚ قُلِ ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۖ فَأَنَّىٰ تُؤْفَكُونَ

    Q̣ul hal miñ shurakaaaʹikum mañy yabdaʹul khalq̣a s̤umma yuʻeeduh? Q̣ulil laahu yabdaʹul khalq̣a s̤umma yuʻeeduhoo faʹannaa tuʹfakoon?

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ مشرك ންނޭވެ!) ކަލޭމެންގެ شريك ންގެ ތެރޭގައި އިސްވެދިޔަ އެއްވެސް مثال އެއްނެތި خلق ތަކުން އަލަށް ފަށައިގެން ހައްދަވާނޭ شريك އަކު އަދި (އެތަކެތި މަރުވުމަށްފަހު) ހަމައެގޮތަށް ހައްދަވައި إعاد ކުރައްވާނޭ شريك އަކު ވޭހެއްޔެވެ؟ ﷲ އެއްވެސް مثال އެއްނެތި ހަމަ އަލަށް ފައްޓަވައިގެން خلق ތަކުން ހައްދަވައެވެ. ދެން އެކަލާނގެ އެ خلق ތަކުން إعاد ކުރައްވާނެއެވެ. حقّ ފިޔަވައި ކަލޭމެން އެނބުރިދަނީ ކޮންފަދައަކުންހެއްޔެވެ؟ (ދާން ހެޔޮނުވާނެއެވެ.)

  74. 10:35

    قُلْ هَلْ مِن شُرَكَآئِكُم مَّن يَهْدِىٓ إِلَى ٱلْحَقِّ ۚ قُلِ ٱللَّهُ يَهْدِى لِلْحَقِّ ۗ أَفَمَن يَهْدِىٓ إِلَى ٱلْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّىٓ إِلَّآ أَن يُهْدَىٰ ۖ فَمَا لَكُمْ كَيْفَ تَحْكُمُونَ

    Q̣ul hal miñ shurakaaaʹikum mañy yahdeee ʹilal Ḥaq̣q̣? Q̣ulil laahu yahdee lil-Ḥaq̣q̣. ʹAfamañy yahdeee ʹilal Ḥaq̣q̣i ʹaḥaq̣q̣u ʹañy yuttabaʻa ʹammal laa yahiddeee ʹillaaa ʹañy yuhdaa? Famaa lakum? Kayfa taḥkumoon?

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު (އެ مشرك ންނަށް) ވިދާޅުވާށެވެ! ކަލޭމެންގެ شريك ންގެ ތެރޭގައި حقّ އަށް ތެދުމަގުދައްކާނޭ އެއްވެސް شريك އެއްވޭހެއްޔެވެ؟ (ނުވާނެކަން ކަށަވަރެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ حقّ އަށް ތެދުމަގުދައްކަވައެވެ. އަޅެފަހެ އެފަރާތަކާއި تبع ވުން حقّ ކަންބޮޑީ حقّ މަގަށް ތެދުމަގުދައްކަވާ ފަރާތަކާ ހެއްޔެވެ؟ ނުވަތަ އެހެން ފަރާތަކުން ތެދުމަގު ލިބިގެންމެނުވީ ތެދުމަގު ނުދެއްކެވޭ ފަރާތަކާ ހެއްޔެވެ؟ ފަހެ ކަލޭމެނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަ حكم ކުރަނީ ކޮންފަދައަކުންހެއްޔެވެ؟

  75. 10:36

    وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَفْعَلُونَ

    Wa-maa yattabiʻu ʹaks̤aruhum ʹillaa z̤̣annaa: ʹinnaz̤̣ z̤̣anna laa- yug̣nee minal Ḥaq̣q̣i shayʹaa. ʹInnal laaha ʻAleemum bimaa yafʻaloon.

    އަދި އެމީހުންކުރެ ގިނަމީހުން ހަމަ ހީއަކަށް މެނުވީ تبع ވާކަމުގައި ނުވެއެވެ. حقّ ގެ مُقَابِلُ ގައި ހީއަކުން އެއްވެސްކަމެއް ފުއްދައިނުދޭނެއެވެ. އަދި އެމީހުން އެކުރާކަންތައް ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވެއެވެ.

  76. 10:37

    وَمَا كَانَ هَـٰذَا ٱلْقُرْءَانُ أَن يُفْتَرَىٰ مِن دُونِ ٱللَّهِ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ ٱلْكِتَـٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَـٰلَمِينَ

    Wa-maa kaana haaẓal Q̣urʹaanu ʹañy yuftaraa miñ doonil laahi wa-laakiñ taṣdeeq̣al laẓee bayna yadayhi wa-tafṣeelal Kitaabi laa- rayba feehi mir Rabbil ʻAalameen.

    އަދި މި قرآن އަކީ ﷲ ބާވައިލައްވާފައިވާ އެއްޗެއް ފިޔަވައި މީހަކު ހަދައިފައިވާ ދޮގެއްނޫނެވެ. (އެބަހީ: މި قرآن އަކީ ހަމަ ﷲ ގެ حضرة ން އައިސްފައިވާ އެކަލާނގެ ބަސްފުޅެވެ. މީހަކު ދޮގުހަދައިގެން ދައްކާވާހަކައެއްނޫނެވެ.) އަދި ކިއެއްހެއްޔެވެ؟ މި قرآن އަކީ އޭގެކުރީގައި ﷲ ބާވައިލެއްވި ފޮތްތައް ތެދުކުރާ ފޮތެކެވެ. އަދި ﷲ ބާވައިލައްވާ حكم ތައް تفصيل ކޮށް بيان ކޮށްދެއްވުމެކެވެ. އެކަންކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އަދި އެފޮތަކީ عالم ތަކުގެވެރި رَبّ ގެ حضرة ންވާ ފޮތެއްކަމާއިމެދަކު އެއްވެސް ޝައްކެއްނެތެވެ.

  77. 10:38

    أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِسُورَةٍ مِّثْلِهِۦ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ

    ʹAm yaq̣ooloonaf taraah? Q̣ul faʹtoo bisooratim mis̤lihee wadʻoo manis taṭaʻtum miñ doonil laahi ʹiñ kuñtum Ṣaadiq̣een!.

    އަދި އެމީހުން އެބުނަނީއެވެ. އެ قرآن އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވީ ކަމުގައެވެ. (ދެން ﷲ އަށް نسبة ކުރަނީއެވެ.) ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! (އެހެންކަމަށްވަންޏާ ކަލޭމެނަކީ ހަމަ ބަހަށް ކުޅަދާނަ أديب ންނެވެ.) ކަލޭމެން އެފަދަ އެންމެ سورة އެއް ނިކަން ގެނަސްބަލާށެވެ! އަދި އެކަމުގައި ކަލޭމެންނަށް އެހީވުމަށް ﷲ ފިޔަވައި ކަލޭމެންނަށް ކުޅަދާނަވީހާބަޔަކަށް ގޮވައިބަލާށެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާއެވެ.

  78. 10:39

    بَلْ كَذَّبُوا۟ بِمَا لَمْ يُحِيطُوا۟ بِعِلْمِهِۦ وَلَمَّا يَأْتِهِمْ تَأْوِيلُهُۥ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ

    Bal kaẓẓaboo bimaa lam yuḥeeṭoo biʻilmihee wa-lammaa yaʹtihim taʹweeluh: Kaẓaalika kaẓẓabal laẓeena miñ q̣ablihim fañz̤̣ur kayfa kaana ʻaaq̣ibatuz̤̣ z̤̣aalimeen!

    އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުނަށް އޭގެ خبر ދަބަރު ނޭނގޭ އަދި އެކަމުގެ معلومات ނެތްކަމެއްވީމާ އެމީހުން ދޮގުކުރަނީއެވެ. އަދި އެމީހުނަށް އޭގެފުރިހަމަ تفسير އެއް شرح އެއް ނުވިސްނެއެވެ. މިމީހުންގެ يعني: މި مكّة މީހުންގެ ކުރީގައި ވޭތިވެދިޔަ أمّة ތަކުގެމީހުންވެސް ހަމައެފަދައިން އެމީހުންގެ رسول ން ދޮގުކުރީއެވެ. ދެންފަހެ އަނިޔާވެރި مشرك ންގެ ކަންތައް ވެގެންދިޔައީ ކޮންފަދައަކުންކަން އެމީހުންގެ ފަހުކޮޅު ނިކަން ދެކެވަޑައިގަންނަވާށެވެ!

  79. 10:40

    وَمِنْهُم مَّن يُؤْمِنُ بِهِۦ وَمِنْهُم مَّن لَّا يُؤْمِنُ بِهِۦ ۚ وَرَبُّكَ أَعْلَمُ بِٱلْمُفْسِدِينَ

    Wa-minhum mañy yuʹminu bihee wa-minhum mal laa yuʹminu bih: wa-Rabbuka ʹaʻlamu bilmufsideen.

    مكّة ގެ مشرك ންގެތެރޭގައި އެ قرآن އެއީ حقّ ތެދުކަމުގައި ތިމާ އަމިއްލައަށް قبول ކޮށް ތެދުކުރާމީހުން ވެއެވެ. (ދޮގުކުރަނީ ބޮޑާކަމާއި ދެކޮޅުވެރިކަމުންނެވެ.) އަދި ތިމާގެ އަމިއްލަ نفس އަށް ތެދުނުކުރާ މީހުންވެއެވެ. (އެމީހާގެ جاهل ކަމުން ދޮގުކުރަނީއެވެ.) އޭ رسول ﷲ އެވެ! ކަލޭގެފާނުންގެ ربّ އެދޮގުކުރާ މީހުންގެ ކަންތައްތައް ދެނެވޮޑިގެންވެއެވެ.

  80. 10:41

    وَإِن كَذَّبُوكَ فَقُل لِّى عَمَلِى وَلَكُمْ عَمَلُكُمْ ۖ أَنتُم بَرِيٓـُٔونَ مِمَّآ أَعْمَلُ وَأَنَا۠ بَرِىٓءٌ مِّمَّا تَعْمَلُونَ

    Wa-ʹiñ kaẓẓabooka faq̣ul lee ʻamalee wa-lakum ʻamalukum! ʹAñtum̃ bareeeʹoona mimmaaa ʹaʻmalu wa-ʹana bareeeʹum mimmaa taʻmaloon!

    (އޭ رسول ﷲ އެވެ!) އަދި އެމީހުން ކަލޭގެފާނު ދޮގުކުރަންޏާ ފަހެ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ عمل ވެއެވެ. - އޭ ގެ جزاء ވެއެވެ. ނުވަތަ دِين ވެއެވެ. އަދި ކަލޭމެނަށް ކަލޭމެންގެ عملގެ جزاء ވެއެވެ. ނުވަތަ دين ވެއެވެ. ތިމަންކަލޭގެފާނުން ކުރާކަންތަކުން ކަލޭމެން ބަރީއަވެގެންވެއެވެ. އަދި ކަލޭމެންކުރާ ކަންތަކުން ތިމަންކަލޭގެފާނު ބަރީއަވެގެންވެއެވެ.

  81. 10:42

    وَمِنْهُم مَّن يَسْتَمِعُونَ إِلَيْكَ ۚ أَفَأَنتَ تُسْمِعُ ٱلصُّمَّ وَلَوْ كَانُوا۟ لَا يَعْقِلُونَ

    Wa-minhum mañy yastamiʻoona ʹilayk: ʹa-faʹañta tusmiʻuṣ ṣumma wa-law kaanoo laa- yaʻq̣iloon?

    އަދި އެމީހުންގެތެރޭގައި އެބަހީ: އެ مشرك ންގެތެރޭގައި ކަލޭގެފާނުން ވިދާޅުވާ ބަސްފުޅު އަޑުއަހާމީހުންވެއެވެ. ކަލޭގެފާނު ފަހެ ވިސްނައި فِكر ނުކުރެވޭބަޔަކަށް އިއްވައިދީފާނުތޯއެވެ. (އަޑުއިވުނަސް ވިސްނަން ނޭނގޭނަމަ އެއިވޭ އަޑުގެ ފައިދާއެއް ނޯންނާނެއެވެ.)

  82. 10:43

    وَمِنْهُم مَّن يَنظُرُ إِلَيْكَ ۚ أَفَأَنتَ تَهْدِى ٱلْعُمْىَ وَلَوْ كَانُوا۟ لَا يُبْصِرُونَ

    Wa-minhum mañy yañz̤̣uru ʹilayk: ʹa-faʹanta tahdil ʻumya wa-law kaanoo laa- yubṣiroon?

    އަދި އެމީހުންގެތެރޭގައި ކަލޭގެފާނާދިމާއަށް ބަލާމީހުންވެއެވެ. ކަލޭގެފާނަށް ފަހެ އަނދިރިބަޔަކަށް މަގުދެއްކެވިދާނެތޯއެވެ. • ދަންނައެވެ. މިދެއާޔަތުން ދޭ މުރާދަކީ ކަންފަތަށް އިވުނަސް އަދި ލޮލަށް ފެނުނަސް ސިކުނޑިން އެއްޗެއް ވިސްނުމުގެ توفيق ﷲ ދެއްވާފައިނުވާނަމަ އެއިވުމުގެ އަދި ފެނުމުގެ ފައިދާއެއް ނުކުރާނެކަމެވެ.

  83. 10:44

    إِنَّ ٱللَّهَ لَا يَظْلِمُ ٱلنَّاسَ شَيْـًٔا وَلَـٰكِنَّ ٱلنَّاسَ أَنفُسَهُمْ يَظْلِمُونَ

    ʹInnal laaha la yaz̤̣limun naasa shayʹañw walaakin nannaasa ʹañfusahum yaz̤̣limoon.

    އަދި ހަމަކަށަވަރުން އެއްވެސް ގޮތަކުން އެއްވެސް މާނައެއްގައި މީސްތަކުންނަށް ﷲ އަނިޔާވެރިވެވޮޑި ނުގަންނަވައެވެ. އަދި އެހެންނަމަވެސް މީސްތަކުން އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވަނީއެވެ.

  84. 10:45

    وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيْنَهُمْ ۚ قَدْ خَسِرَ ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ وَمَا كَانُوا۟ مُهْتَدِينَ

    Wa-yawma yaḥshuruhum kaʹal lam yalbas̤ooo ʹillaa saaʻatam minan nahaari yataʻaarafoona baynahum. Q̣ad khasiral laẓeena kaẓẓaboo biliq̣aaaʹil laahi wa-maa kaanoo muhtadeen.

    އަދި ތިމަންރަސްކަލާނގެ އެމީހުން محشر ކުރައްވާދުވަހު (އެއްކުރައްވާދުވަހު) އެމީހުންނަށް ހީވާނީ ދުނިޔޭގައި އެއްބަޔަކު އަނެއްބަޔަކަށް تعارف ވެލުމަށްޓަކައި ހަމަ ދުވާލު ހިނދުކޮޅެއްގައި މެނުވީ އެމީހުން (ދުނިޔޭގައި) ލަސްވެ ނުތިބޭކަމަށެވެ. ހަމަކަށަވަރުން ﷲ އާއި ބައްދަލުވުމާއިމެދު ދޮގުހެދިމީހުން އެބަހީ آخرة ދޮގުކުރިމީހުން -ގެއްލި ހަލާކުވެއްޖެއެވެ. އަދި ތެދުމަގު ލިބުނުބަޔަކުކަމުގައި އެމީހުން ނުވިއެވެ.

  85. 10:46

    وَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا مَرْجِعُهُمْ ثُمَّ ٱللَّهُ شَهِيدٌ عَلَىٰ مَا يَفْعَلُونَ

    Wa-ʹimmaa nuriyannaka baʻḍal laẓee naʻiduhum ʹaw natawaffayannaka faʹilaynaa marjiʻuhum s̤ummal laahu shaheedun ʻalaa maa- yafʻaloon.

    އަދި ތިމަންރަސްކަލާނގެ އެ مشرك ންނަށް وعد ކުރައްވާފައިވާ ބައެއް عذاب ހަމަކަށަވަރުން (ކަލޭގެފާނު އަވަހާރަވުމުގެކުރިން) ކަލޭގެފާނަށް ދައްކަވާހުށީމެވެ. ނުވަތަ އޭގެކުރީގައި ކަލޭގެފާނު މަރުގަންނަވާހުށީމެވެ. ދެންފަހެ އެ އެންމެން އެނބުރި رجوع ވުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. އަދި އެމީހުން އެކުރާ ކަންކަމަށް ﷲ ހެކިވެވޮޑިގަންނަވައެވެ.

  86. 10:47

    وَلِكُلِّ أُمَّةٍ رَّسُولٌ ۖ فَإِذَا جَآءَ رَسُولُهُمْ قُضِىَ بَيْنَهُم بِٱلْقِسْطِ وَهُمْ لَا يُظْلَمُونَ

    Wa-likulli ʹummatir Rasool: faʹiẓaa jaaaʹa Rasooluhum q̣uḍiya baynahum̃ bilq̣isṭi wa-hum laa- yuz̤̣lamoon.

    އަދި ކޮންމެ أمّة އަކަށް رسول ބޭކަލަކުވެއެވެ. ފަހެ އެމީހުންގެ رسول އާ އެމީހުންގެ ގާތަށް ވަޑައިގެންނެވުމުން އެމީހުންގެ މެދުގައި عدل ވެރިގޮތުގައި ނިޔާކުރެވޭނެއެވެ. އަދި އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ. (އެބަހީ: رسول އާ ވަޑައިގެން ދީނަށް ގޮވާލެއްވުމަށްފަހު إيمان ނުވިނަމަ ދެން އެމީހުންނަށް عذاب ފޮނުއްވައި އެމީހުންގެ ކަންތައް ނިންމަވައެވެ. / ނުވަތަ قيامة ދުވަހުން ކޮންމެ أمّة އެއްގެ ގާތަށް އެ أمّة އެއްގެ رسول ވަޑައިގެންނެވުމުން އެމީހުންގެ މެދުގައި حساب ބެއްލެވި جزاء ދެއްވި ނިމެއެވެ. މިދެމާނަ مفسّر ންގެ ފަރާތުން بيان ވެގެންވެއެވެ. والله أعلم بالصّواب)

  87. 10:48

    وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ

    Wa-yaq̣ooloona mataa haaẓal waʻdu ʹiñ kuñtum ṣaadiq̣een.

    އަދި އެމީހުން ބުނެއެވެ. ތިޔަ ވިދާޅުވާ ދުވަހެއް / ތިޔަ وعد ކުރައްވާ ދުވަހަކާއި عذاب އެއް ދެއްވާނީ ކޮންއިރަކުންހެއްޔެވެ؟ ކަލޭމެންނީ ތެދުވެރިންކަމުގައިވަންޏާ ނިކަން ބުނެބަލާށެވެ.

  88. 10:49

    قُل لَّآ أَمْلِكُ لِنَفْسِى ضَرًّا وَلَا نَفْعًا إِلَّا مَا شَآءَ ٱللَّهُ ۗ لِكُلِّ أُمَّةٍ أَجَلٌ ۚ إِذَا جَآءَ أَجَلُهُمْ فَلَا يَسْتَـْٔخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ

    Q̣ul laaa ʹamliku linafsee ḍarrañw walaa nafʻan ʹillaa maa- shaaaʹal laah. Likulli ʹUmmatin ʹajal: ʹiẓaa jaaaʹa ʹajaluhum falaa yastaʹkhiroona saaʻatañw walaa yastaq̣dimoon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ އަމިއްލަ نفس އަށް ގެއްލުމެއްވިޔަސް އަދި منفع އެއްވިޔަސް ތިމަންކަލޭގެފާނަކަށް މިލްކުވެގެން ނުވެއެވެ. އޭގެ ތެރެއިން އެއްވެސް ކަމެއް ﷲ އިރާދަކުރެއްވި މިންވަރަކަށް މެނުވީ ނުވެއެވެ. ކޮންމެ أمّة އަކަށްވެސް މުއްދަތެއްވެއެވެ. އެމީހުންގެ އެމުއްދަތު ހަމަހަމަވުމުން ދެންހަމަ ކުޑަތަންކޮޅެއް ލަސްނުވެއެވެ. އަދި އެވަގުތުގެ ކުރިން ތަންކޮޅެއް އަވަސްވެސް ނުވެއެވެ.

  89. 10:50

    قُلْ أَرَءَيْتُمْ إِنْ أَتَىٰكُمْ عَذَابُهُۥ بَيَـٰتًا أَوْ نَهَارًا مَّاذَا يَسْتَعْجِلُ مِنْهُ ٱلْمُجْرِمُونَ

    Q̣ul ʹaraʹaytum ʹin ʹataakum ʻaẓaabuhoo bayaatan ʹaw nahaaram maaẓaa yastaʻjilu minhul mujrimoon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ عذاب ކަލޭމެނަށް ރޭގަނޑު ނުވަތަ ދުވާލު އަތުވެއްޖެއްޔާ ދެން مجرم ން އެ عذاب ތެރެއިން އަވަސްވުމަށް އެދޭނީ ކޮންއެއްޗެއްބާވައެވެ؟

  90. 10:51

    أَثُمَّ إِذَا مَا وَقَعَ ءَامَنتُم بِهِۦٓ ۚ ءَآلْـَٔـٰنَ وَقَدْ كُنتُم بِهِۦ تَسْتَعْجِلُونَ

    ʹAs̤umma ʹiẓaa maa- waq̣aʻa ʹaamañtum̃ bih? ʹAaalʹaana wa-q̣ad kuñtum̃ bihee tastaʻjiloon!

    އެ عذاب ތެދުކޮށް އެއަށް إيمان ވާންވީ ކަލޭމެންނަށް އެ عذاب އައުމުން ދެން އެހިނދުން ހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންވަނީ އެ عذاب އައުން އަވަސްވުމަށް އެދިފައެވެ.

  91. 10:52

    ثُمَّ قِيلَ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلْخُلْدِ هَلْ تُجْزَوْنَ إِلَّا بِمَا كُنتُمْ تَكْسِبُونَ

    S̤umma q̣eela lil-laẓeena z̤̣alamoo ẓooq̣oo ʻaẓaabal khuld! Hal tujzawna ʹillaa bimaa kuñtum taksiboon.

    ދެން އެހިނދުން އަނިޔާވެރިންނަށް يعني: مشرك ންނަށް އެންގޭނެއެވެ. ދެމިހުންނަނިވި عذاب ގެރަހަ ކަލޭމެން ލިބިގަންނާށެވެ. ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީ ނުބައި ކަންތަކުގެ ސަބަބުން މެނުވީ ކަލޭމެންނަށް عذاب ލިބޭކަމުގައި އެބަވޭހެއްޔެވެ؟ (އެބަހީ: ކަލޭމެނަށް عذاب ތިޔަލިބެނީ އޭގެ ސަބަބުންނެވެ.)

  92. 10:53

    ۞ وَيَسْتَنۢبِـُٔونَكَ أَحَقٌّ هُوَ ۖ قُلْ إِى وَرَبِّىٓ إِنَّهُۥ لَحَقٌّ ۖ وَمَآ أَنتُم بِمُعْجِزِينَ

    Wa-yastambiʹoonaka ʹaḥaq̣q̣un hoo? Q̣ul ʹEe wa-Rabbeee ʹinnahoo laḥaq̣q̣! Wa-maaa ʹañtum bimuʻjizeen!

    (އޭ رسول ﷲ އެވެ!) އެމީހުން ކަލޭގެފާނުންނާއި ސުވާލުކޮށް އަހާނެއެވެ. ކަލޭގެފާނު ތިޔަވިދާޅުވާ ކަންތައް އެއީ ހަމަ حقّ ތެދުތޯއެވެ؟ (އެއީ قيامة އައުމާއި ހިސާބުބައްލަވާ / ޖަޒާ ދެއްވާ، މިއީ ހަމަ حقّ ތެދުތޯއެވެ؟) ކަލޭގެފާނު ވިދާޅުވާށެވެ! އާއެކެވެ. ތިމަންކަލޭގެފާނުންގެ ربّ ގަންދެއްވައި ވިދާޅުވަމެވެ. އެއީ ހަމަކަނޑައެޅިގެން حقّ ތެދެވެ. (އަދި އެކަންކަން ﷲ ހިންގަވާއިރަކުން އެކަލާނގެ އެކަންކަން ކުރެއްވިޔަނުދީ) ނުކުޅައްދައިލެވޭނެ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ.

  93. 10:54

    وَلَوْ أَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِى ٱلْأَرْضِ لَٱفْتَدَتْ بِهِۦ ۗ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ ۖ وَقُضِىَ بَيْنَهُم بِٱلْقِسْطِ ۚ وَهُمْ لَا يُظْلَمُونَ

    Wa-law ʹanna likulli nafsiñ z̤̣alamat maa- fil ʹarḍi laftadat bih: wa-ʹasarrun nadaamata lammaa raʹawul ʻaẓaab: wa-q̣uḍiya baynahum̃ bilq̣isṭi wahum laa- yuz̤̣lamoon.

    އަދި ކާފަރުވެއްޖެ ކޮންމެ نفس އަކަށް (އެ نفس އެއް عذاب ން ސަލާމަތްވުމަށްޓަކައި فدية ދޭން) ބިމުގައިވާހާތަކެތި ލިބިގެންވީނަމަވެސް އެ عذاب އެމީހުން ދެކޭހިނދު އެމީހުން އެތަކެތީން فدية ދިނީހެވެ. އަދި އެމީހުން ހިތާމަ ވަންހަނާކޮށް ސިއްރުކުރާނެއެވެ. (އެއީ އެމީހުންގެ ދަށުގައިވާ ދެރަމީހުންނަށް ނާންގާންކަމަށެވެ.) އަދި އެމީހުންގެމެދުގައި - އެބަހީ ކާފަރުކަމުގައި މަތިހަށިނެގި މީހުންނާއި އެމީހުންނާއި تبع ވީމީހުންގެމެދުގައި - عدل ވެރިގޮތުގައި ނިޔާކަނޑައެޅި ނިމޭނެއެވެ. އަދި އެމީހުންނަށް (އިތުރު) އެއްވެސް އަނިޔާއެއް ނުވެވޭނެއެވެ.

  94. 10:55

    أَلَآ إِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ أَلَآ إِنَّ وَعْدَ ٱللَّهِ حَقٌّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

    ʹAlaaa ʹinna lillaahi maa- fis samaawaati wal-ʹarḍ? ʹAlaaa ʹinna waʻdal laahi ḥaq̣q̣uñw walaakinna ʹaks̤arahum laa- yaʻlamoon?

    ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާތަކެތި ملك ވެވޮޑިގެންވަނީ ހަމަ ﷲ އަށެވެ. (އެހެންވީއިރު ކާފަރުން فدية ދޭނެ އެއްޗެއް އޭނާއަށްވާނީ ކޮންފަދަޔަކުންހެއްޔެވެ؟) އަދި ދަންނާށެވެ! ﷲ ގެ وعد ފުޅު އެއީ ހަމަ حقّ وعد ފުޅެކެވެ. (އެބަހީ: ކާފަރުންނަށް عذاب ދެއްވުމަށް އެކަލާނގެ ކުރައްވާފައިވާ وعد ފުޅު އެއީ ހަމަ حقّ އެވެ.) އަދި އެކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.

  95. 10:56

    هُوَ يُحْىِۦ وَيُمِيتُ وَإِلَيْهِ تُرْجَعُونَ

    Huwa yuḥyee wa-yumeetu wa-ʹilayhi turjaʻoon.

    އެކަލާނގެ ތަކެތި ދިރުއްވާ މަރުއްވައެވެ. (ކާފަރުން މަރުވުމަށްފަހު އަލުން ދިރުއްވާނީވެސް ހަމަ އެކަލާނގެއެވެ.) އަދި ކަލޭމެން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.

  96. 10:57

    يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ

    Yaaaʹayyuhan naasu q̣ad jaaaʹatkum mawʻiz̤̣atum mir Rabbikum wa-shifaaaʹul limaa fiṣ ṣudoori wa-Hudañw wa-Raḥmatul lil-Muʹmineen.

    އޭ މީސްތަކުންނޭވެ! ކަލޭމެންގެގާތަށް ކަލޭމެންގެ ربّ ގެ حضرة ން نصيحة އާއި وعظ އަތުވެއްޖެއެވެ. އަދި ހިތްތަކުގައިވާ جاهل ކަމުގެ ބައްޔަށްވާ شفاء އާއި އަދި مؤمن ންނަށްވާ ތެދުމަގާއި رحمة ހަމަކަށަވަރުން އަތުވެއްޖެއެވެ. އެއީ ކީރިތި قرآن އެވެ. އަދި އިސްލާމްދީނެވެ.

  97. 10:58

    قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ

    Q̣ul bi-Faḍlil laahi wa-bi-Raḥmatihee fabiẓaalika fal-yafraḥoo: huwa khayrum mimmaa yajmaʻoon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނަށް ބާވައިލެއްވޭ وحي އާއި ދެންވެސް އެންމެހައި نعمة އަކީ) ﷲ ގެ فضل ވަންތަކަމާއި އެކަލާނގެ رحمة ފުޅުން ވާކަންކަމެވެ. ފަހެ އޭގެސަބަބުން އެމީހުން އުފާކުރާ ހުށިކަމެވެ. އަދި އެތަކެތި (އެބަހީ: قرآن އާއި إسلام دين) އެމީހުން އެޖަމާކުރާ މުދާތަކަށްވުރެ މާހެޔޮވެގެންވެއެވެ.

  98. 10:59

    قُلْ أَرَءَيْتُم مَّآ أَنزَلَ ٱللَّهُ لَكُم مِّن رِّزْقٍ فَجَعَلْتُم مِّنْهُ حَرَامًا وَحَلَـٰلًا قُلْ ءَآللَّهُ أَذِنَ لَكُمْ ۖ أَمْ عَلَى ٱللَّهِ تَفْتَرُونَ

    Q̣ul ʹaraʹaytum maaa ʹañzalal laahu lakum mir rizq̣iñ fajaʻaltum minhu ḥaraamañw waḥalaalaa. Q̣ul ʹaaallaahu ʹaẓina lakum ʹam ʻalal laahi taftaroon?

    ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ مشرك ންނޭވެ!) ރިޒުގުގެތެރެއިން ﷲ تعالى ކަލޭމެނަށް ދެއްވާތަކެއްޗާއިމެދު ކަލޭމެން ނިކަން خبر ދީބަލާށެވެ! އޭގެތެރެއިން ކަލޭމެން (އަމިއްލައަށް) ބައެއްތަކެތި حرام ކަމުގައި ހަދައި އަދި ބައެއްތަކެތި حلال ކަމުގައި ހަދަނީއެވެ. ކަލޭގެފާނު (އެމީހުނަށް) ވިދާޅުވާށެވެ! އެގޮތަށް އެހެން حكم ބަދަލުކުރަން ﷲ ކަލޭމެނަށް ހުއްދަދެއްވީހެއްޔެވެ؟ ނުވަތަ ކަލޭމެން ﷲ އަށް ދޮގުހަދަނީހެއްޔެވެ؟ • ދަންނައެވެ! މިބަޔަކު ބައެއްތަކެތި حرام ކޮށް އަނެއްބައިތަކެތި حلال ކޮށްހެދި ވާހަކަ أنفال ސޫރަތުގައިވެސްވެއެވެ. މިއީ ހަމަ مشرك ންކުރިކަމެކެވެ. مشرك ންނޫނެއްކަމަކު ﷲ ގެ حكم ބަދަލުކުރާމީހުންނަށް މިއާޔަތުގައި މިވާ وعيد ސީދާވާނެއެވެ. والله أعلم.

  99. 10:60

    وَمَا ظَنُّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ يَوْمَ ٱلْقِيَـٰمَةِ ۗ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ

    Wa-maa z̤̣annul laẓeena yaftaroona ʻalal laahil kaẓiba Yawmal Q̣iyaamah? ʹInnal laaha la-Ẓoo faḍlin ʻalan naasi wa-laakinna ʹaks̤arahum laa- yashkuroon.

    އަދި ﷲ އަށް ދޮގުހަދައިގަތްމީހުން (حلال ކުރެއްވި ތަކެތި حرام ކޮށް، حرام ކުރެއްވިތަކެތި حلال ކޮށް) ހެދިމީހުން އެމީހުންނާމެދު قيامة ދުވަހުން ﷲ ކަންތައްކުރައްވާނެކަމާމެދު އެމީހުން ހީކުރަނީ ކޮންގޮތަކަށްބާވައެވެ؟ ހަމަކަށަވަރުން ﷲ އީ (އަޅުތަކުންގެ ކުށަށް عقوبة އަވަސްނުކުރައްވާ) މީސްތަކުންނަށް އޯގާވަންތަ ކަލާނގެއެވެ. އަދި އެކަމަކު އެމީހުންކުރެ ގިނަމީހުން شكر ނުކުރެއެވެ.

  100. 10:61

    وَمَا تَكُونُ فِى شَأْنٍ وَمَا تَتْلُوا۟ مِنْهُ مِن قُرْءَانٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ وَلَآ أَصْغَرَ مِن ذَٰلِكَ وَلَآ أَكْبَرَ إِلَّا فِى كِتَـٰبٍ مُّبِينٍ

    Wa-maa takoonu fee shaʹniñw wamaa tatloo minhu miñ Q̣urʹaaniñw Walaa taʻmaloona min ʻamalin ʹillaa kunnaa ʻalaykum Shuhoodan ʹiẓ tufeeḍoona feeh. Wa-maa yaʻzubu ʻar Rabbika mim mis̤q̣aali ẓarratiñ fil ʹarḍi wa-laa fis samaaaʹi wa-laaa ʹaṣg̣ara miñ ẓaalika wa-laaa ʹakbara ʹillaa fee kitaabim Mubeen.

    އޭ رسول ﷲ އެވެ! ކަލޭގެފާނު ކަމެއްގައިވިޔަސް، އަދި قرآن ތަންކޮޅެއް ކިޔަވާ ވިދާޅުވިޔަސް އަދި ކަލޭމެންކުރާ އެއްވެސްކަމެއްކުރާއިރުވެސް އެކަމެއްގައިވާއިރު ކަލޭމެންގެ މައްޗަށް ﷲ ހެކިވެވޮޑިގެންނުވާ އެއްކަމެއްވެސް ނުވެއެވެ. (އެބަހީ: ކޮންމެކަމެއްކުރާއިރުވެސް ކަލޭމެންގެ މައްޗަށް ﷲ ހެކިވެވޮޑިގެންވެއެވެ. އަދި ބިމުގައިވިޔަސް އަދި ނުވަތަ އުޑުގައިވިޔަސް ذرّ އެއްގެ ބަރުދަނުގެ އެއްޗެއްވިޔަސް އެއެއްޗެއް ކަލޭގެފާނުންގެ رَبّ ގެ ދެނެވޮޑިގަތުމުން ވަކިވެގެން ނުވެއެވެ. އެކަލާނގެއަށް ނިވައިވެގެން ނުވެއެވެ. އަދި އެއެއްޗަކީ ކިތަންމެ ކުޑައެއްޗަކަސް އަދި ބޮޑުއެއްޗަކަސް އެއެއްޗެއް ބަޔާންވެގެންވާ ފޮތެއްގައި ލިޔެވިގެންވާ މެނުވީ ނުވެއެވެ. (އެބަހީ: ކޮންމެއެއްޗެއްވެސް ލިޔެވިގެންވެއެވެ.

  101. 10:62

    أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

    ʹAlaaa ʹinna ʹAwliyaaaʹal laahi laa- khawfun ʻalayhim wa-laa hum yaḥzanoon.

    ދަންނައެވެ! ހަމަކަށަވަރުން ﷲ ގެ وَلِىُّ ންގެމައްޗަށް ބިރެއްނެތެވެ. އަދި އެމީހުންނަކީ ހިތާމަކުރާނޭ ބަޔަކުކަމުގައި ނުވެއެވެ. (އެހެނީ އެމީހުންނީ ﷲ އެމީހުންނަށް ރުހިވޮޑިގެންފައިވާ ބައެކެވެ.)

  102. 10:63

    ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ

    ʹAllaẓeena ʹaamanoo wa-kaanoo yattaq̣oon:

    އެމީހުންނަކީ އެބަހީ: ﷲ ގެ وَلِىُّ ންނަކީ - إيمان ވީމީހުންނެވެ. އަދި ﷲ އަށް ބިރުވެތިވާމީހުންނެވެ. އެކަލާނގެއަށް تقوى ވެރިވާމީހުންނެވެ.

  103. 10:64

    لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۚ لَا تَبْدِيلَ لِكَلِمَـٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ

    Lahumul Bushraa fil Ḥayaatid dunyaa wafil ʹAakhirah: laa- tabdeela li-Kalimaatil laah. Ẓaalika huwal Fawzul ʻAz̤̣eem.

    އެމީހުންނަށް ހުރީ ދުނިޔެއާއި آخرة ގައިވެސް بُشْرَى އެވެ. އުފާވެރިކަމެވެ. އަދި ﷲ ގެ كلمة ފުޅުތަކަކަށް ބަދަލުވުމެއް ނުވެއެވެ. ބޮޑުވެގެންވާ ނަސީބަކީ - كاميابى އަކީ އެއީއެވެ. (އެބަހީ: ދުނިޔޭ حياة ގައްޔާއި آخرة ގައިވެސް އުފާވެރިކަމެވެ.)

  104. 10:65

    وَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا ۚ هُوَ ٱلسَّمِيعُ ٱلْعَلِيمُ

    Wa-laa yaḥzuñka q̣awluhum. ʹInnal ʻizzata lillaahi jameeʻaa; Huwas Sameeʻul ʻAleem.

    (އޭ رسول ﷲ އެވެ!) އެމީހުންގެ - يعني އެ مشرك ންގެ - ވާހަކަތަކުން ކަލޭގެފާނު ހިތާމަވިޔަނުދެއްވާށެވެ! ހަމަކަށަވަރުން އެންމެހައި عزّة އެއް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. ހުރިހާ ބާރެއްވަނީ އެކަލާނގެއަށެވެ. (އެމީހުންގެ ކިބައިން ބަދަލު ހިއްޕަވަން އެދިވޮޑިގެންނެވިއިރަކުން ބަދަލުހިއްޕަވާނެއެވެ. އެމީހުނަށް نصر ދޭނޭ މީހަކުވެސް ނުވާނެއެވެ.) އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

  105. 10:66

    أَلَآ إِنَّ لِلَّهِ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ ۗ وَمَا يَتَّبِعُ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ شُرَكَآءَ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ

    ʹAlaaa ʹinna lillaahi mañ fis samaawaati wa-mañ fil arḍ. Wa-maa yattabiʻul laẓeena yadʻoona miñ doonil laahi shurakaaaʹ? ʹIñy yattabiʻoona ʹillaz̤̣ z̤̣anna wa-ʹin hum ʹillaa yakhruṣoon.

    ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާ ބަޔަކު މިލްކުވެވޮޑިގެންވަނީ ހަމަ ﷲ އަށެވެ. އަދި ﷲ ފިޔަވައި شريك ންތަކަށް ގޮވާމީހުން އެ تبع ވަނީ ކޮންއެއްޗަކާއި ބާވައެވެ؟ ހަމަހުސްހީއަކަށްމެނުވީ އެމީހުން تبع ވާކަމުގައިނުވެއެވެ. އަދި ހަމަ خيال އެއްކޮށްލާ ބަޔަކު ކަމުގައިމެނުވީ އެމީހުން ނުވެއެވެ.

  106. 10:67

    هُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَسْمَعُونَ

    Huwal laẓee jaʻala lakumul layla litaskunoo feehi wannahaara mubṣiraa. ʹInna fee ẓaalika laʹAayaatil liq̣awmiñy yasmaʻoon.

    ކަލޭމެނަށްޓަކައި ރޭގަނޑުލެއްވީ ހަމަ އެކަލާނގެއެވެ. އެއީ (ދުވާލުގެ މަސައްކަތުގެ ވަރުބަލިކަން ފިލުވައި) ކަލޭމެން ކަލޭމެންގެ نفس ތަކަށް ހަމަޖެހުން ގެނައުމަށްޓަކައެވެ. އަދި ދުވާލު އެއީ އަލިކޮށްދޭ އެއްޗެއްކަމުގައި ލެއްވީވެސް ހަމަ އެކަލާނގެއެވެ. ހަމަކަށަވަރުން އެކަންތަކުގައިވެސް ބަސްއަހާ (އަދި فكر ކުރާ) ބަޔަކަށް ކަނޑައެޅި بيان ވެގެންވާ دليل ތައްވާކަން ކަށަވަރެވެ.

  107. 10:68

    قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ۗ سُبْحَـٰنَهُۥ ۖ هُوَ ٱلْغَنِىُّ ۖ لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ إِنْ عِندَكُم مِّن سُلْطَـٰنٍۭ بِهَـٰذَآ ۚ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ

    Q̣aalut takhaẓal laahu waladaa; Subḥaanah! Huwal G̣aniyy! Lahoo maa- fis samaawaati wa-maa fil ʹarḍ! ʹIn ʻiñdakum miñ sulṭaanim bihaaẓaa! ʹAtaq̣ooloona ʻal allaahi maa laa- taʻlamoon?

    އަދި އެމީހުން يعني: مشرك ން ބުނެއެވެ. ﷲ سبحانه وتعالى ދަރިކަލަކު إختيار ކުރައްވައިފިއެވެ. (އެފަދަ ކަންތަކުން) އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އެކަލާނގެ އެއީ އެއްވެސް مخلوق އަކާއި ނުލައި ފުދިވޮޑިގެންވާ ކަލާނގެއެވެ. އުޑުތަކާއި ބިމުގައިވާހާތަކެތި مِلْكُ ވެވޮޑިގެންވަނީ ހަމަ އެކަލާނގެއަށެވެ. (އެކަލާނގެ އެއްވެސް ދަރިކަލަކަށް ބޭނުންވެވޮޑިގެން ނުވެއެވެ.) އެހެން ކަލޭމެން ބުނުމުގެ (އެބަހީ: ﷲ އަށް ދަރިކަލަކުވެޔޭ ބުނުމުގެ) އެއްވެސް حجّة އެއް دليل އެއް ކަލޭމެންނަކަށް ނުވެއެވެ. ކަލޭމެން ފަހެ ﷲ އާއިމެދު ކަލޭމެނަށް ނޭނގޭތަކެތި ބުނަނީހެއްޔެވެ؟

  108. 10:69

    قُلْ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ

    Q̣ul innal laẓeena yaftaroona ʻal allaahil kaẓiba laa- yufliḥoon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ﷲ ގެ މައްޗަށް ދޮގުހަދައިގަންނަމީހުން ކާމިޔާބު ނުވާނެއެވެ.

  109. 10:70

    مَتَـٰعٌ فِى ٱلدُّنْيَا ثُمَّ إِلَيْنَا مَرْجِعُهُمْ ثُمَّ نُذِيقُهُمُ ٱلْعَذَابَ ٱلشَّدِيدَ بِمَا كَانُوا۟ يَكْفُرُونَ

    Mataaʻuñ fid dunyaa s̤umma ʹilaynaa marjiʻuhum s̤umma nuẓeeq̣uhumul ʻAẓaabash shadeeda bimaa kaanoo yakfuroon:

    އެމީހުން ދުނިޔޭގައި އެތިބެނީ ދާދި ކުޑަކުޑަ އަރާމުކޮޅެއްގައެވެ. ދެން އެމީހުން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން ތިމަންރަސްކަލާނގެ އެމީހުނަށް ގަދަވެގެންވާ عذاب ގެރަހަ ދައްކާހުށީމެވެ. އެއީ އެމީހުން (ދުނިޔޭގައި) ކާފަރުވާކަމުގައިވީކަމުގެ ސަބަބުންނެވެ.

  110. 10:71

    ۞ وَٱتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِۦ يَـٰقَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِى وَتَذْكِيرِى بِـَٔايَـٰتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلْتُ فَأَجْمِعُوٓا۟ أَمْرَكُمْ وَشُرَكَآءَكُمْ ثُمَّ لَا يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةً ثُمَّ ٱقْضُوٓا۟ إِلَىَّ وَلَا تُنظِرُونِ

    Watlu ʻalayhim nabaʹa Nooḥ. ʹIẓ q̣aala liq̣awmihee yaa-Q̣awmi ʹiñ kaana kabura ʻalaykum maq̣aamee wa-taẓkeeree biʹAayaatil laahi faʻalal laahi tawakkaltu faʹajmiʻooo ʹamrakum wa-shurakaaaʹakum s̤umma laa- yakun ʹamrukum ʻalaykum g̣ummatañ s̤ummaq̣ ḍooo ʹilayya wa-laa tuñz̤̣iroon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެ مشرك ންނަށް نوح عليه السّلام ގެ ވާހަކަ ކިޔަވާވިދާޅުވެދެއްވާށެވެ! އެއީ އެކަލޭގެފާނުން އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދުންނެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! (ކަލޭމެންގެމެދުގައި) ތިމަންކަލޭގެފާނުންގެ مقام އާއި ދަރަޖަ އަދި ކަލޭމެނަށް ތިމަންކަލޭގެފާނު ﷲ ގެ އާޔަތްތައް ކިޔަވައިވިދާޅުވެދެއްވާ ހަނދާންކޮށްދެއްވުމާއި މިކަންކަން ކަލޭމެންގެމައްޗަށް ބޮޑުކަމަކަށް ވެއްޖެއްޔާ، ދެން އެކަމާހެދި ކަލޭމެން ތިމަންކަލޭގެފާނު قتل ކުރުމަށް ނުވަތަ ރަށުންބޭރުކޮށް ފައްސައިލުމަށް قصد ކޮށްފިއްޔާ) ތިމަންކަލޭގެފާނު މި وكيل ކުރީ ހަމައެކަނި ﷲ އާއިއެވެ. ދެން އަދި ކަލޭމެންކުރާން قصد ކުރާކަމެއްކުރުމަށް ތައްޔާރުކޮށް އަދި އެކަމުގައި އެހީވުމަށް ކަލޭމެންގެ ބައިވެރިންތަކަށްވެސް ގޮވާހަދާށެވެ! ދެން ކަލޭމެންގެ ކަންތައް ކަލޭމެންގެމައްޗަށް އޮޅިގެން، ވާނުވާ ނޭނގޭގޮތަށް ނުހަދައި ރަނގަޅަށް ވިސްނައިތިބެގެން ތިމަންކަލޭގެފާނު ހަލާކުކޮށްލާށެވެ! އަދި ތިމަންކަލޭގެފާނަށް އެއްވެސް ތަންވަޅެއް ނުދީ ނިންމައިލާށެވެ!

  111. 10:72

    فَإِن تَوَلَّيْتُمْ فَمَا سَأَلْتُكُم مِّنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ

    Faʹiñ tawallaytum famaa saʹaltukum min ʹajr: in ʹajriya ʹillaa ʻalal laahi wa-ʹumirtu ʹan ʹakoona minal Muslimeen.

    ފަހެ ކަލޭމެން (ތިމަންކަލޭގެފާނާއި تبع ނުވެ) އެނބުރި ފުރަގަސްދީފިއްޔާވެސް ތިމަންކަލޭގެފާނު ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް - ޓެކްހަކަށް - ނޭދެމެވެ. ތިމަންކަލޭގެފާނަށް އޮތް ދަރުމަޔަކާ އުޖޫރައެއް ﷲ ގެ حضرة ންމެނުވީ ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ތިމަންކަލޭގެފާނު ކިޔަމަންތެރީންގެތެރެއިން ވުމަށެވެ.

  112. 10:73

    فَكَذَّبُوهُ فَنَجَّيْنَـٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ وَجَعَلْنَـٰهُمْ خَلَـٰٓئِفَ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُنذَرِينَ

    Fakaẓẓaboohu fanajjaynaahu wa-mam maʻahoo fil Fulki wa-jaʻalnaahum khalaaaʹifa wa-ʹag̣raq̣nal laẓeena kaẓẓaboo biʹAayaatinaa. Fañz̤̣ur kayfa kaana ʻaaq̣ibatul muñẓareen!

    ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާ އަދި އެކަލޭގެފާނާއިއެކު ނަވުގައި ތިބިމީހުން ސަލާމަތްކުރެއްވީމެވެ. އަދި އެމީހުން يعني: ނަވުގައިތިބިމީހުން އެއީ ދެން އޭގެފަހުން ދުނިޔޭގައި އުޅޭނެމީހުންކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ތިމަންރަސްކަލާނގެ ކަނޑުގައި غرق ކުރެއްވީމެވެ. އިންޒާރުކުރެވުނު މީހުންގެ ނިމުން އެމީހުންގެ حياة ގެފަހުކޮޅު ވެގެންދިޔައީ ކޮންފަދައަކުންކަން ނިކަން ދެކެވަޑައިގަންނަވާށެވެ! (އެ طوفان ގައި މުޅިދުނިޔޭގެ އެންމެހައި ކާފަރުންނާ مشرك ން މަރުވެގެން ދިޔައީއެވެ. ބާކީތިބީ ހަމައެކަނި އެނައުކޮޅުގައިތިބި مُؤمِنُންނެވެ.)

  113. 10:74

    ثُمَّ بَعَثْنَا مِنۢ بَعْدِهِۦ رُسُلًا إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَـٰتِ فَمَا كَانُوا۟ لِيُؤْمِنُوا۟ بِمَا كَذَّبُوا۟ بِهِۦ مِن قَبْلُ ۚ كَذَٰلِكَ نَطْبَعُ عَلَىٰ قُلُوبِ ٱلْمُعْتَدِينَ

    S̤umma baʻas̤naa mim baʻdihee Rusulan ʹilaa q̣awmihim fajaaaʹoohum̃ bilbayyinaati famaa kaanoo liyuʹminoo bimaa kaẓẓaboo bihee miñ q̣abl. Kaẓaalika naṭbaʻu ʻalaa q̣uloobil muʻtadeen.

    ދެން އެކަލޭގެފާނަށްފަހު ކިތައްމެ رسول ބޭކަލުންނެއް އެބޭބޭކަލުންގެ قوم އަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ފަހެ بيان ވެގެންވާ حجّة އާއި دليل އާއިގެން އެބޭކަލުން އެބައިމީހުންގެގާތަށް ވަޑައިގެންނެވިއެވެ. ފަހެ އެފަދަމީހުން އޭގެކުރީ ދޮގުކުރިކަންތަކަށް إيمان ވީބަޔަކުކަމުގައި ނުވިއެވެ. ހައްދުފަހަނަޅައިގަތްމީހުންގެ ހިތްތަކުގެމަތީގައި ތިމަންރަސްކަލާނގެ ސިއްކަޖައްސަވަނީ އެފަދައިންނެވެ.

  114. 10:75

    ثُمَّ بَعَثْنَا مِنۢ بَعْدِهِم مُّوسَىٰ وَهَـٰرُونَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ بِـَٔايَـٰتِنَا فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا مُّجْرِمِينَ

    S̤umma baʻas̤naa mim baʻdihim Moosaa wa-Haaroona ʹilaa Firʻawna wa-malaʹihee biʹAayaatinaa fastakbaroo wa-kaanoo q̣awmam mujrimeen.

    އެބޭބޭކަލުންނަށްފަހު ދެން ތިމަންރަސްކަލާނގެ موسى އާއި هارُون (عليهما السّلام) رسول ކަމާއިގެން فرعون އާއި އޭނާގެ ބޮޑުންގެގާތަށް ފޮނުއްވީމެވެ. އެބޭކަލުން ވަޑައިގެންނެވީ ތިމަންރަސްކަލާނގެ އާޔަތްތަކާއި معجزة ތަކާއިގެންނެވެ. ދެންފަހެ އެމީހުން ބޮޑާވެގެންފިއެވެ. كِبر ވެރިވެގެންފިއެވެ. އެމީހުންވީ مجرم ންކަމުގައެވެ. ފާފަވެރިން ކަމުގައެވެ.

  115. 10:76

    فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوٓا۟ إِنَّ هَـٰذَا لَسِحْرٌ مُّبِينٌ

    Falammaa jaaaʹahumul Ḥaq̣q̣u min ʻiñdinaa q̣aalooo ʹinna haaẓaa lasiḥrum mubeen!

    ދެންފަހެ އެމީހުންގެގާތަށް ތިމަންރަސްކަލާނގެ حضرة ން حقّ އައިހިނދުން. (އެބަހީ: موسى عليه السّلام އެގޮވާލައްވާ ގޮވައިލެއްވުމަކީ ތިމަންރަސްކަލާނގެ حضرة ންވާ حقّ ގޮވާލެއްވުމެއްކަމުގެ دليل އާއި حجّة އައިހިނދުން) އެމީހުން ބުންޏެވެ. ހަމަކަށަވަރުން މިއީ ބަޔާންވެގެންވާ سحر އެކެވެ.

  116. 10:77

    قَالَ مُوسَىٰٓ أَتَقُولُونَ لِلْحَقِّ لَمَّا جَآءَكُمْ ۖ أَسِحْرٌ هَـٰذَا وَلَا يُفْلِحُ ٱلسَّـٰحِرُونَ

    Q̣aala Moosaaa ʹataq̣ooloona lil-Ḥaq̣q̣i lammaa jaaaʹakum? ʹA-siḥrun haaẓaa? Wa-laa yufliḥus saaḥiroon.

    موسى (عليه السّلام) ވިދާޅުވިއެވެ. ކަލޭމެންގެގާތަށް حقّ އައިހިނދުން ކަލޭމެން ތިޔަބުނަނީ އެއީ سحر އެއްކަމަށްހެއްޔެވެ؟ (އެހެންކަމަށްވަންޏާ) ހަމަ يقين ންވެސް سحر ވެރިންނަށް ކާމިޔާބު ނުވާނެއެވެ.

  117. 10:78

    قَالُوٓا۟ أَجِئْتَنَا لِتَلْفِتَنَا عَمَّا وَجَدْنَا عَلَيْهِ ءَابَآءَنَا وَتَكُونَ لَكُمَا ٱلْكِبْرِيَآءُ فِى ٱلْأَرْضِ وَمَا نَحْنُ لَكُمَا بِمُؤْمِنِينَ

    Q̣aalooo ʹajiʹtanaa litalfitanaa ʻammaa wajadnaa ʻalayhi ʹaabaaaʹanaa wa-takoona lakumal kibriyaaaʹu fil ʹarḍ? Wa-maa naḥnu lakumaa bi-Muʹmineen!

    އެމީހުން ދެންނެވިއެވެ. (އޭ موسى އެވެ!) ކަލޭގެފާނު އަހުރެމެންގެގާތަށް ތިޔަވަޑައިގެންނެވީ އަހުރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ވަނިކޮށް އަހުރެމެން ދުއްގޮތުން (އެކަންތަކުން) އަހުރެމެން އަނބުރުވާލައްވަން ހެއްޔެވެ؟ ބުދަށް އަޅުކަންކުރުމުން އަހުރެމެން ހުއްޓުވާންހެއްޔެވެ؟ އަދި ކަލޭމެން ދެމީހުންނަށް (އެބަހީ: موسى އާއި هارون عليهما السّلام ދެމީހުނަށް) ބިންމަތީގައި ބޮޑުކަމާއި ވެރިކަން އޮތުމަށްހެއްޔެވެ؟ ތިޔަދެމީހުންނަށް إيمان ވާނޭ ބަޔަކުކަމުގައި އަހުރެމެން ނުވަމުއެވެ.

  118. 10:79

    وَقَالَ فِرْعَوْنُ ٱئْتُونِى بِكُلِّ سَـٰحِرٍ عَلِيمٍ

    Wa-q̣aala Firʻawnuʹ toonee bikulli saaḥirin ʻAleem.

    އަދި فرعون ބުންޏެވެ. سحر ދަންނަ ހުރިހާ سحر ވެރިން އަހުރެންގާތަށް ކަލޭމެން ގެންނާށެވެ! (ދެން فرعون އަންގައިގެން އެރާއްޖޭގެ އެންމެހައި سحرވެރިން ގެނުވައި ޖަމާކުރުވައިފިއެވެ.)

  119. 10:80

    فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ

    Falammaa jaaaʹassa ḥaratu q̣aala lahum Moosaaa ʹalq̣oo maaa ʹañtum mulq̣oon!

    ދެންފަހެ سحر ވެރިން އައިހިނދުން موسى عليه السّلام އެމީހުންނަށް ވިދާޅުވިއެވެ. (سحر ގެގޮތުން) ކަލޭމެން އުކާނޭ އެއްޗެއް ކަލޭމެން (ميدان އަށް) އުކާށެވެ!

  120. 10:81

    فَلَمَّآ أَلْقَوْا۟ قَالَ مُوسَىٰ مَا جِئْتُم بِهِ ٱلسِّحْرُ ۖ إِنَّ ٱللَّهَ سَيُبْطِلُهُۥٓ ۖ إِنَّ ٱللَّهَ لَا يُصْلِحُ عَمَلَ ٱلْمُفْسِدِينَ

    Falammaaa ʹalq̣aw q̣aala Moosaa maa- jiʹtum̃ bihis siḥr: ʹinnal laaha sayubṭiluh: ʹinnal laaha laa- yuṣliḥu ʻamalal mufsideen.

    ދެންފަހެ އެމީހުން އެތަކެތި އުކައިލިހިނދުން موسى عليه السّلام ވިދާޅުވިއެވެ. سحر ގެގޮތުން ކަލޭމެން ގެނައިހާ އެއްޗެއް (ކުރިހާކަމެއް) ހަމަކަށަވަރުން ނިކަންހުރެ ﷲ تعالى باطل ކުރައްވާހުއްޓެވެ. އަދި ހަމަކަށަވަރުން فاسد ކުރާމީހުންގެ ޢަމަލު ﷲ تعالى ޞުލްޙަ ނުކުރައްވާހުއްޓެވެ.

  121. 10:82

    وَيُحِقُّ ٱللَّهُ ٱلْحَقَّ بِكَلِمَـٰتِهِۦ وَلَوْ كَرِهَ ٱلْمُجْرِمُونَ

    Wa-yuḥiq̣q̣ul laahul Ḥaq̣q̣a bi-Kalimaatihee wa-law karihal mujrimoon!

    އަދި ﷲ تعالى އެކަލާނގެ كلمة ފުޅުން (أمر ފުޅުން) حقّ ސާބިތުކުރައްވައެވެ. مجرم ން (ފާފަވެރި އުރެދުންތެރިން) ނުރުހުނަސްވެސްމެއެވެ.

  122. 10:83

    فَمَآ ءَامَنَ لِمُوسَىٰٓ إِلَّا ذُرِّيَّةٌ مِّن قَوْمِهِۦ عَلَىٰ خَوْفٍ مِّن فِرْعَوْنَ وَمَلَإِي۟هِمْ أَن يَفْتِنَهُمْ ۚ وَإِنَّ فِرْعَوْنَ لَعَالٍ فِى ٱلْأَرْضِ وَإِنَّهُۥ لَمِنَ ٱلْمُسْرِفِينَ

    Famaaa ʹaamana li-Moosaaa ʹillaa ẓurriyyatum miñ q̣awmihee ʻalaa khawfim miñ Firʻawna wa-malaʹihim ʹañy yaftinahum; wa-ʹinna Firʻawna laʻaaliñ fil ʹarḍi wa-ʹinnahoo laminal musrifeen.

    ފަހެ موسى عليه السّلام އަށް އެކަލޭގެފާނުންގެ قوم ން މަދުބަޔަކުމެނުވީ (އެންމެ ދަރިކޮޅެއް މެނުވީ) އެކަލޭގެފާނަށް إيمان ނުވެއެވެ. އެއީ فرعون އާއި އަދި އެ إيمان ވީމީހުންގެ ބޮޑެތިމީހުންދެކެ ބިރުންނެވެ. އެއީ އެމީހުން (إيمان ވީކަން އެނގިއްޖެނަމަ) އެބޮޑެތިމީހުން فتنة ކޮށްފާނެކަމުގެ ބިރަށްވެސް މެއެވެ. ހަމަކަށަވަރުން فرعون ބިމުގައި ބޮޑާވެ كِبر ވެރިވެއްޖެކަންކަށަވަރެވެ. އަދި އޭނާވީ ހަމަކަށަވަރުން ހައްދުފަހަނަޅައިގަތްމީހުންގެ ތެރެއިންނެވެ.

  123. 10:84

    وَقَالَ مُوسَىٰ يَـٰقَوْمِ إِن كُنتُمْ ءَامَنتُم بِٱللَّهِ فَعَلَيْهِ تَوَكَّلُوٓا۟ إِن كُنتُم مُّسْلِمِينَ

    Wa-q̣aala Moosaa yaa-q̣awmi ʹiñ kuñtum ʹaamañtum billaahi faʻalayhi tawakkalooo ʹiñ kuñtum Muslimeen.

    موسى عليه السّلام ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނެވެ! ކަލޭމެން ﷲ އަށް إيمان ވެގެންވަންޏާ ފަހެ ކަނޑައެޅިގެން އެކަލާނގެއަށް ކަލޭމެން وكيل ކުރާށެވެ! ކަލޭމެން ﷲ އަށް ކިޔަމަންތެރިވެގެންވަންޏާއެވެ.

  124. 10:85

    فَقَالُوا۟ عَلَى ٱللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ ٱلظَّـٰلِمِينَ

    Faq̣aaloo ʻalal laahi tawakkalnaa. Rabbanaa laa- tajʻalnaa fitnatal lilq̣awmiz̤̣ z̤̣aalimeen;

    އެމީހުން ދެންނެވިއެވެ. އަހުރެމެން وكيل ކޮށް ބަރޯސާކުރަނީ ހަމަ ﷲ އަށެވެ. އޭ އަޅަމެންގެ ربّ އެވެ! އަނިޔާވެރިވެގެންވާ މީސްތަކުންނަށް فتنة އެއްކަމުގައި އަޅަމެން ނުލައްވާންދޭވެ! (އެމީހުން އަޅަމެން فتنة ވެރިކުރިޔަނުދެއްވާށެވެ! إمتحان ނުކުރައްވާނދޭވެ!)

  125. 10:86

    وَنَجِّنَا بِرَحْمَتِكَ مِنَ ٱلْقَوْمِ ٱلْكَـٰفِرِينَ

    Wa-najjinaa bi-Raḥmatika minal q̣awmil kaafireen.

    އަދި އިބަރަސްކަލާނގެ رحمة ފުޅުން ކާފަރު قوم ގެކިބައިން އަޅަމެން ސަލާމަތްކުރައްވާނދޭވެ.

  126. 10:87

    وَأَوْحَيْنَآ إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوْمِكُمَا بِمِصْرَ بُيُوتًا وَٱجْعَلُوا۟ بُيُوتَكُمْ قِبْلَةً وَأَقِيمُوا۟ ٱلصَّلَوٰةَ ۗ وَبَشِّرِ ٱلْمُؤْمِنِينَ

    Wa-ʹawḥaynaaa ʹilaa Moosaa wa-ʹakheehi ʹañ tabaw waʹaali-Q̣awmikumaa bi-Miṣra buyootañw wajʻaloo buyootakum Q̣iblatañw Waʹaq̣eemuṣ Ṣalaah: wa-bashshiril Muʹmineen!

    އަދި موسى އާއި އެކަލޭގެފާނުންގެ أخ އާއަށް (عليهما السّلام) ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ތިޔައިގެދެކަލުން مصر ގައި ގެތަކެއް ނުވަތަ މިސްކިތްތަކެއް ތިޔަދެކަލުންގެ قوم ގެ މީހުންނަށްޓަކައި إختيار ކުރައްވާށެވެ! ހައްދަވާށެވެ! އަދި އެގެތައް قبلة އަށްވާގޮތަށް ހައްދަވާށެވެ! (އެއީ ބިރުވެތިވާވަޤުތު ނަމާދު ކުރެވޭގޮތަށެވެ.) އަދި ނަމާދު قائم ކުރައްވާށެވެ! އަދި مؤمن ންނަށް (ކިޔަމަންތެރިންނަށް) އުފާވެރިކަމުގެ خبر ދެއްވާށެވެ!

  127. 10:88

    وَقَالَ مُوسَىٰ رَبَّنَآ إِنَّكَ ءَاتَيْتَ فِرْعَوْنَ وَمَلَأَهُۥ زِينَةً وَأَمْوَٰلًا فِى ٱلْحَيَوٰةِ ٱلدُّنْيَا رَبَّنَا لِيُضِلُّوا۟ عَن سَبِيلِكَ ۖ رَبَّنَا ٱطْمِسْ عَلَىٰٓ أَمْوَٰلِهِمْ وَٱشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا۟ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ

    Wa-q̣aala Moosaa Rabbanaaa ʹinnaka ʹaatayta Firʻawna wa-malaʹahoo zeenatañw waʹamwaalañ fil Ḥayaatid dunyaa Rabbanaa liyuḍilloo ʻañ Sabeelik. Rabbanaṭ mis ʻalaaa ʹamwaalihim washdud ʻalaa q̣uloobihim falaa yuʹminoo ḥattaa yarawul ʻaẓaabal ʹaleem.

    އަދި موسى عليه السّلام ދެންނެވިއެވެ. އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ فرعون އަށާއި އޭނާގެ قوم ގެބޮޑުންނަށް ދުނިޔޭގެ ޙަޔާތުގައި زينة ތެރިކަމާއި ގިނަ މުދާ ދެއްވައިފީމުއެވެ. އޭ އަޅަމެންގެ ربّ އެވެ! އެމީހުން އެމުދަލުން މީސްތަކުން އިބަރަސްކަލާނގެ ސީދާމަގުން ދުރުކޮށް ފުރައްދައިހަދަނީއެވެ. އޭ އަޅަމެންގެ ربّ އެވެ! އެމީހުންގެ މުދާތައް ނެތިކުރައްވައި ހަލާކުކުރައްވާނދޭވެ! އަދި އެމީހުންގެ ހިތްތައް ހަރުކަށިކުރައްވައި ގަދަކުރައްވާނދޭވެ! (އެއީ إيمان ކަމަށް ދެން ނުހުޅުވޭނޭ ގޮތުންނެވެ.) ވޭންދެނިވި عذاب ނުފެންނަނީސް ދެން އެމީހުން އީމާން ނުވާނެއެވެ.

  128. 10:89

    قَالَ قَدْ أُجِيبَت دَّعْوَتُكُمَا فَٱسْتَقِيمَا وَلَا تَتَّبِعَآنِّ سَبِيلَ ٱلَّذِينَ لَا يَعْلَمُونَ

    Q̣aala q̣ad ʹujeebad Daʻwatukumaa fastaq̣eemaa wa-laa tattabiʻaaanni sabeelal laẓeena laa- yaʻlamoon.

    ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔައިގެދެކަލުންގެ دعاء، ﷲ އިޖާބަކުރައްވައިފިއެވެ. ފަހެ ތިޔައިގެ ދެކަލުން ސީދާމަގުގައި (ކިޔަމަންތެރިކަމާއިއެކު) ތިއްބަވާށެވެ! އަދި ކަންކަމުގެ ޙަޤީޤަތް ނުދަންނަ މީހުންގެގޮތާއި ތިޔައިގެ ދެކަލުން تبع ވެވަޑައި ނުގަންނަވާށެވެ!

  129. 10:90

    ۞ وَجَـٰوَزْنَا بِبَنِىٓ إِسْرَٰٓءِيلَ ٱلْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُۥ بَغْيًا وَعَدْوًا ۖ حَتَّىٰٓ إِذَآ أَدْرَكَهُ ٱلْغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱلَّذِىٓ ءَامَنَتْ بِهِۦ بَنُوٓا۟ إِسْرَٰٓءِيلَ وَأَنَا۠ مِنَ ٱلْمُسْلِمِينَ

    Wa-jaawaznaa bi-Baneee ʹIsraaaʹeelal baḥra faʹatbaʻahum Firʻawnu wa-junooduhoo bag̣yañw waʻadwaa. Ḥattaaa ʹiẓaaa ʹadrakahul g̣araq̣u q̣aala ʹaamañtu ʹanna-Hoo laaa ʹilaaha ʹillal laẓeee ʹaamanat bihee Banooo ʹIsraaaʹeela wa-ʹana minal Muslimeen.

    އަދި ތިމަންރަސްކަލާނގެ بني إسرائيل މީހުން ކަނޑު ކަޑައްތުކުރައްވައި (ހުރަސްކުރެވޭނެގޮތް ހައްދަވައިދެއްވީމެވެ.) ދެންފަހެ އެމީހުންގެފަހަތުން އެމީހުންނާއި تبع ކޮށް فرعون އާއި އޭނާގެ ސިފައިން ދެކޮޅުވެރިކަމާއި عداوة ތެރިކަމުގެގޮތުން އައެވެ. ދެން އެ فرعون ކަނޑުގެތެރޭގައި غرق ވާން ގާތްވާހިސާބަށް ދިއުމުން އޭނާ ދެންނެވިއެވެ. بني إسرائيل ން އީމާންވެގެން އެވާ ކަލާނގެ މެނުވީ އެހެން إله އަކުނުވާކަމަށް އަހުރެން إيمان ވެއްޖައީމެވެ. ތެދުކޮށްފީމެވެ. އަދި އަހުރެންވަނީ مسلم ންގެ ތެރެއިންނެވެ. ކިޔަމަންތެރީންގެތެރެއިންނެވެ.

  130. 10:91

    ءَآلْـَٔـٰنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ ٱلْمُفْسِدِينَ

    ʹAaalʹaana wa-q̣ad ʻaṣayta q̣ablu wa-kuñta minal mufsideen!

    (އޭގެ ޖަވާބުގައި ﷲ وحي ކުރެއްވިއެވެ.) ކަލޭ އީމާންވާންވީ މިހާރުހެއްޔެވެ؟ އަދި ހަމަކަށަވަރުން ކަލޭވަނީ މީގެކުރީގައި އުރެދިފައެވެ. އަދި ކަލޭވީ فَاسد ންގެ ތެރެއިންނެވެ.

  131. 10:92

    فَٱلْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ ءَايَةً ۚ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ عَنْ ءَايَـٰتِنَا لَغَـٰفِلُونَ

    Falyawma nunajjeeka bibadanika litakoona liman khalfaka ʹAayah; wa-ʹinna kas̤eeram minan naasi ʻan ʹAayaatinaa lag̣aafiloon!

    ފަހެ ތިމަންރަސްކަލާނގެ މިއަދު ކަލޭގެ ހަށިގަނޑު ފަހުން އަންނަމީހުންނަށް دليل އަކަށް عبرة އަކަށް ވުމަށް ސަލާމަތްކުރައްވާހުށީމެވެ. އަދި ހަމަކަށަވަރުން މީސްތަކުންކުރެ ވަރަށްގިނަމީހުން ތިމަންރަސްކަލާނގެ އާޔަތްތަކަށް غافل ވެގެންވެއެވެ.

  132. 10:93

    وَلَقَدْ بَوَّأْنَا بَنِىٓ إِسْرَٰٓءِيلَ مُبَوَّأَ صِدْقٍ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ فَمَا ٱخْتَلَفُوا۟ حَتَّىٰ جَآءَهُمُ ٱلْعِلْمُ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ

    Wa-laq̣ad bawwaʹnaa Baneee ʹIsraaaʹeela Mubawwaʹa ṣidq̣iñw warazaq̣naahum minaṭ ṭayyibaat: famakh talafoo ḥattaa jaaaʹahumul ʻilm. ʹInna Rabbaka yaq̣ḍee baynahum Yawmal Q̣iyaamati feemaa kaanoo feehi yakhtalifoon.

    އަދި ހަމަކަށަވަރުން بني إسرائيل ން ތެދުވެރިވެގެންވާ ތަނަކަށް - މަންޒިލަކަށް ތިމަންރަސްކަލާނގެ ބޭލުއްވީމެވެ. (އެއީ شام ކަރަޔާއި بيت المقدس ކަމުގައިވިއެވެ.) އަދި ރަނގަޅު حلال ރިޒުގު ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވީމެވެ. ދެންފަހެ އެމީހުންގެގާތަށް علم އަތުވެއްޖައުމަށްދާންދެން އެމީހުން إختلاف ނުވެއެވެ. (يعني: بني إسرائيل ންގެ މެދުގައި محمّد ގެފާނުން رسول ކަމާއިގެން ފޮނުއްވާނެކަމުގެ معلومات އަދި އެކަލޭގެފާނުންގެ ސިފަފުޅުތަކަށްދާންދެން އެމީހުންގެމެދުގައި مشهور ވެގެންވެއެވެ. އެކަމާމެދު އެމީހުންގެ މެދުގައި ދެބަސްވުމެއް إختلاف ވުމެއްނެތެވެ. ދެން އެމީހުންގާތަށް އެކަލޭގެފާނު ވަޑައިގަތުމުން އެމީހުން ދެބަސްވެ إختلاف ވީއެވެ. والله أعلم) ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ قيامة ދުވަހުން އެމީހުންގެ މެދުގައި އެމީހުން އެކަމާމެދު ދެބަސްވެ އަދި إختلاف ވާކަމުގައި ވީކަންތަކާމެދު ނިޔާކުރައްވާ ހުއްޓެވެ.

  133. 10:94

    فَإِن كُنتَ فِى شَكٍّ مِّمَّآ أَنزَلْنَآ إِلَيْكَ فَسْـَٔلِ ٱلَّذِينَ يَقْرَءُونَ ٱلْكِتَـٰبَ مِن قَبْلِكَ ۚ لَقَدْ جَآءَكَ ٱلْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ

    Faʹiñ kuñta fee shakkim mimmaaa ʹañzalnaaa ʹilayka fasʹalil laẓeena yaq̣raʹoonal kitaaba miñ q̣ablik: laq̣ad jaaaʹakal Ḥaq̣q̣u mir Rabbika falaa takoonanna minal mumtareen.

    އޭ رسول ﷲ އެވެ! ފަހެ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحي އާއިމެދު ކަލޭގެފާނު ޝައްކެއްގައިވަންޏާ ފޮތްކިޔަވާމީހުންނާ އެބަހީ: ކަލޭގެފާނުންގެ ކުރިން ބާވައިލެއްވުނު ފޮތްކިޔަވާ يهودي ންކުރެން ނިކަން އައްސަވައިބައްލަވާށެވެ! އެއީ عبد ﷲ بْنُ سَلاَم ފަދަ ބޭކަލުންނެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް حقّ އަތުވެއްޖެއެވެ. (يقينُ ންވެސް ތިޔައީ رسول އެއްކަމުގެ حقّ އަތުވެއްޖެއެވެ.) ފަހެ ޝައްކުކުރާމީހުންގެތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!

  134. 10:95

    وَلَا تَكُونَنَّ مِنَ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ فَتَكُونَ مِنَ ٱلْخَـٰسِرِينَ

    Wa-laa takoonanna minal laẓeena kaẓẓaboo biʹAayaatil laahi fatakoona minal khaasireen.

    އަދި ﷲ ގެ އާޔަތްތައް ދޮގުކުރިމީހުންގެތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! ފަހެ އޭރުން ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިން ކަލޭގެފާނު ވެވަޑައިގެންފާނެއެވެ.

  135. 10:96

    إِنَّ ٱلَّذِينَ حَقَّتْ عَلَيْهِمْ كَلِمَتُ رَبِّكَ لَا يُؤْمِنُونَ

    ʹInnal laẓeena ḥaq̣q̣at ʻalayhim Kalimatu Rabbika laa- yuʹminoon.

    ހަމަކަށަވަރުން އެބައެއްގެމައްޗަށް ކަލޭގެފާނުންގެ ربّ ގެ كلمة ފުޅު - (لَعْنَة ގެ كلمة ފުޅު - ނުވަތަ عذاب ގެ كلمة ފުޅު) حقّ ވެއްޖެބަޔަކު إيمان އެއް ނުވާނެއެވެ.

  136. 10:97

    وَلَوْ جَآءَتْهُمْ كُلُّ ءَايَةٍ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ

    Wa-law jaaaʹathum kullu ʹAayatin ḥattaa yarawul ʻaẓaabal ʹaleem.

    އަދި އެމީހުންގެގާތަށް ކޮންމެ آية އެއް ކޮންމެ معجزة އެއް އައިކަމަކު ވޭންދެނިވި عذاب އެމީހުންނަށް ފެނިއްޖައުމަށްދާންދެން (އެމީހުން އީމާނެއް ނުވާނެއެވެ.) އަދި عذاب އައުމުން ދެންވާ އީމާނަކުން ފައިދާ ނުކުރާނެއެވެ.

  137. 10:98

    فَلَوْلَا كَانَتْ قَرْيَةٌ ءَامَنَتْ فَنَفَعَهَآ إِيمَـٰنُهَآ إِلَّا قَوْمَ يُونُسَ لَمَّآ ءَامَنُوا۟ كَشَفْنَا عَنْهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَمَتَّعْنَـٰهُمْ إِلَىٰ حِينٍ

    Falawlaa kaanat q̣aryatun ʹaamanat fanafaʻahaaa ʹEemaanuhaaa ʹillaa Q̣awma YOONUS? Lammaaa ʹaamanoo kashafnaa ʻanhum ʻAẓaabal khizyi fil Ḥayaatid dunyaa wa-mattaʻnaahum ʹilaa ḥeen.

    (ﷲ ގެ عذاب އައުމަށްފަހު އީމާންވީ) އެއްވެސް ރަށެއްގެ ބަޔަކަށް އެމީހުންގެ އެ އީމާންކަމުން يُونس ގެފާނުންގެ قوم ގެމީހުނަށް މެނުވީ منفع އެއް ނުކުރިއެވެ. އެމީހުން يعني: يونس ގެފާނުންގެ قوم ގެމީހުން - އީމާންވީހިނދުން ތިމަންރަސްކަލާނގެ އެމީހުންގެކިބައިން ދުނިޔޭގެ حياة ގައި ދެރަނިކަމެތިކަމުގެ عذاب ދުރުކުރައްވައި كشف ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް مدّت އަކަށް އަރާމުދެއްވީމެވެ. ދުނިޔޭގައި ތިބުން މިންވަރުކުރެއްވީމެވެ.

  138. 10:99

    وَلَوْ شَآءَ رَبُّكَ لَـَٔامَنَ مَن فِى ٱلْأَرْضِ كُلُّهُمْ جَمِيعًا ۚ أَفَأَنتَ تُكْرِهُ ٱلنَّاسَ حَتَّىٰ يَكُونُوا۟ مُؤْمِنِينَ

    Wa-law shaaaʹa Rabbuka laʹaamana mañ fil ʹarḍi kulluhum jameeʻaa! ʹA-faʹañta tukrihun naasa ḥattaa yakoonoo Muʹmineen!

    (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނުންގެ ربّ އެދިވޮޑިގެންނެވިނަމަ ބިންމަތީގައިވާ އެންމެން އެކަށް އީމާންވެއްޖައީސްކަންކަށަވަރެވެ. ކަލޭގެފާނު ފަހެ މީސްތަކުން مؤمن ންކަމުގައިވެއްޖައުމަށްދާންދެން އެމީހުންނަށް مجبور ކުރައްވައި ގަދަހައްދަވަނީތޯއެވެ؟

  139. 10:100

    وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ ٱللَّهِ ۚ وَيَجْعَلُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يَعْقِلُونَ

    Wa-maa kaana linafsin ʹañ tuʹmina ʹillaa biʹIẓnil laah: wa-yajʻalur rijsa ʻalal laẓeena laa- yaʻq̣iloon.

    އަދި އެއްވެސް نفس އެއް ﷲ ގެ އިޒުނަފުޅަށްމެނުވީ (އެކަލާނގެ ނިޔާފުޅަށްމެނުވީ) إيمان ވުމަކީ އެކަށީގެންވާކަމެއްނޫނެވެ. ވާނޭކަމެއްނޫނެވެ. އަދި ﷲ ގެ حجّة ތަކާއި دليل ތަކަށް ނުވިސްނާ އަދި އެއިން عبرة އެއް حاصل ނުކުރާބަޔަކަށް އެކަލާނގެ ކޯފާ ނުވަތަ عذاب ލައްވައެވެ.

  140. 10:101

    قُلِ ٱنظُرُوا۟ مَاذَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَمَا تُغْنِى ٱلْـَٔايَـٰتُ وَٱلنُّذُرُ عَن قَوْمٍ لَّا يُؤْمِنُونَ

    Q̣uliñ z̤̣uroo maa-ẓaa fissamaawaati wal ʹarḍ; wa-maa tug̣nil ʹAayaatu wan-Nuẓuru ʻañ q̣awmil laa yuʹminoon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި ބިމުގައިވަނީ ކޮންކޮންއެއްޗެއްތޯ ނިކަން ކަލޭމެން ބަލައި އެއިން عبرة حاصل ކޮށް فكر ކޮށްބަލާށެވެ! އަދި އީމާންނުވާބަޔަކަށް دليل އާއި عبرة ން ފައިދާއެއް ނުކުރާނެއެވެ. އަދި إنذار ކުރައްވާ رسول ންގެ ފައިދާއެއްވެސް ނުކުރާނެއެވެ.

  141. 10:102

    فَهَلْ يَنتَظِرُونَ إِلَّا مِثْلَ أَيَّامِ ٱلَّذِينَ خَلَوْا۟ مِن قَبْلِهِمْ ۚ قُلْ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ

    Fahal yañtaz̤̣iroona ʹillaa mis̤la ʹayyaamil laẓeena khalaw miñ q̣ablihim? Q̣ul fañtaz̤̣irooo ʹinnee maʻakum minal muñtaz̤̣ireen.

    އަދި އިސްވެދިޔަ رسول ބޭކަލުން ދޮގުކުރި أمّة ތަކަށް އައިކަހަލަ ދުވަސްތަކަކަށްމެނުވީ (އެވަރުގެ عذاب އަކަށްމެނުވީ) މިމީހުން އެބަ إنتظار ކުރޭހެއްޔެވެ؟ އެބަހީ: މިމީހުން إنتظار ކުރަނީ އެފަދަ عذاب އަކަށެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން إنتظار ކުރާށެވެ! ތިމަންކަލޭގެފާނުވެސް ކަލޭމެންނާއިއެކު إنتظار ކުރަނީއެވެ.

  142. 10:103

    ثُمَّ نُنَجِّى رُسُلَنَا وَٱلَّذِينَ ءَامَنُوا۟ ۚ كَذَٰلِكَ حَقًّا عَلَيْنَا نُنجِ ٱلْمُؤْمِنِينَ

    S̤umma nunajjee rusulanaa wallaẓeena ʹaamanoo: Kaẓaalika Ḥaq̣q̣an ʻalaynaa nuñjil Muʹmineen!

    ދެން ތިމަންރަސްކަލާނގެ رسول ން ތިމަންރަސްކަލާނގެ ސަލާމަތްކުރަށްވަމެވެ. އަދި مؤمن ންވެސް ސަލާމަތް ކުރައްވަމެވެ. އަދި އެފަދައިން مؤمن ން ސަލާމަތްކުރެއްވުމަކީ ތިމަންރަސްކަލާނގެއަށް ވާ حقّ އެކެވެ.

  143. 10:104

    قُلْ يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى شَكٍّ مِّن دِينِى فَلَآ أَعْبُدُ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ وَلَـٰكِنْ أَعْبُدُ ٱللَّهَ ٱلَّذِى يَتَوَفَّىٰكُمْ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُؤْمِنِينَ

    Q̣ul yaaaʹayyuhan naasu ʹiñ kuñtum fee shakkim miñ deenee falaaa ʹaʻbudul laẓeena taʻbudoona miñ doonil laahi wa-laakin ʹaʻbudul laahal laẓee yatawaffaakum: waʹumirtu ʹan ʹakoona minal Muʹmineen.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ތިމަންކަލޭގެފާނުންގެ دين އާއިމެދު ޝައްކެއްގެ މަތީގައިވަންޏާ (އެއީ ޝައްކުވާންވީކަމެއްނޫނެވެ. ޝައްކުވާންވީ ކަލޭމެންގެ دين އަށެވެ.) ފަހެ ކަލޭމެން ތިޔައަޅުކަންކުރާ ތަކެތި يعني: ﷲ ފިޔަވައި ތިޔައަޅުކަންކުރާތަކެއްޗަށް ތިމަންކަލޭގެފާނު އަޅުކަން ނުކުރާހުށީމެވެ. (އެއީ އެއްވެސް منفع އެއްދެވޭ އަދި ގެއްލުމެއްވެސް ދެވޭ ތަކެއްޗެއްނޫނެވެ.) އަދި އެހެނެއްކަމަކު ތިމަންކަލޭގެފާނު އަޅުކަންކުރާނީ ﷲ އަށެވެ. އެކަލާނގެއީ ކަލޭމެން މަރުގަންނަވާ ކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް أمر ވެވިގެންވަނީ مؤمن ންގެ ތެރެއިންވުމަށެވެ.

  144. 10:105

    وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفًا وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ

    Wa-ʹan ʹaq̣im wajhaka lid-Deeni ḥaneefaa, wa-laa takoonanna minal Mushrikeen.

    (އަދި އެކަލާނގެ أمر ކުރައްވަނީ މިފަދައިންނެވެ.) އަދި ކަލޭގެފާނު ސީދާ إسلام دين އަށް އެނބުރިވަޑައިގެން އެ دين މަތީ قائم ވަޑައިގަންނަވާށެވެ! އަދި އެއްގޮތަކަށްވެސް ކަލޭގެފާނު مشرك ންގެތެރެއިން ވެވަޑައި ނުގަންނަވާށެވެ!

  145. 10:106

    وَلَا تَدْعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ ٱلظَّـٰلِمِينَ

    Wa-laa tadʻu miñ doonil laahi maa laa- yañfaʻuka wa-laa yaḍurruk: faʹiñ faʻalta faʹinnaka ʹiẓam minaz̤̣ z̤̣aalimeen.

    އަދި ﷲ ފިޔަވައި ކަލޭގެފާނަށް އެއްވެސް منفع އެއް ނުދޭ އަދި ގެއްލުމެއްވެސްނުދޭ ތަކެއްޗަށް ކަލޭގެފާނު ގޮވާ دعاء ނުކުރައްވާށެވެ! ފަހެ ކަލޭގެފާނު އެހެން ހަދައިފިނަމަ ކަލޭގެފާނު ވެވަޑައިގަންނަވާނީ ހަމަކަށަވަރުންވެސް އަނިޔާވެރިންގެތެރެއިންނެވެ. مشرك ންގެތެރެއިންނެވެ.

  146. 10:107

    وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَآدَّ لِفَضْلِهِۦ ۚ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَهُوَ ٱلْغَفُورُ ٱلرَّحِيمُ

    Wa-ʹiñy yamsaskal laahu biḍurriñ falaa kaashifa lahooo ʹillaa Hoo:wa- ʹiñy yuridka bikhayriñ falaa raaadda lifaḍlih: yuṣeebu bihee mañy yashaaaʹu min ʻibaadih. Wa-Huwal G̣afoorur Raḥeem.

    އަދި ﷲ تعالى ކަލޭގެފާނަށް އުނދަގުލެއް - ނުވަތަ ގެއްލުމެއް - ޖައްސަވަންޏާ އެކަލާނގެ ފިޔަވައި އެކަން ފިލުވައިލެވޭނޭ ހަމައެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވަންޏާވެސް އެކަން އަޔަނުދީ އަނބުރާ ރައްދުކޮށްލެވޭނޭ ހަމައެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ ފަރާތަކަށް އެފަދަ ކަންކަން ޖައްސަވައެވެ. (އުނދަގޫ ނުވަތަ ފަސޭހަޖައްސަވައެވެ.) އަދި އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  147. 10:108

    قُلْ يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنَا۠ عَلَيْكُم بِوَكِيلٍ

    Q̣ul yaaaʹayyuhan naasu q̣ad jaaaʹakumul Ḥaq̣q̣u mir Rabbikum! famanih tadaa faʹinnamaa yahtadee linafsih; wa-mañ ḍalla faʹinnamaa yaḍillu ʻalayhaa: wa-maaa ʹana ʻalaykum̃ biwakeel.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެންގާތަށް حقّ އަތުވެއްޖެއެވެ. (އެއީ ﷲ ގެ ފޮތެވެ.) ފަހެ ތެދުމަގު ލިބިގެންފިމީހާ (ދަންނައެވެ!) އެތެދުމަގު އެއީ ހަމަ އޭނާގެ نفس އަށެވެ. އެކަމުގެ ފައިދާ އޮންނާނީ ހަމަ އޭނާގެ نفس އަށެވެ. އަދި މަގުފުރެދިއްޖެމީހާވެސް ދަންނައެވެ! އޭނާގެ އެމަގުފުރެދުން އޮންނާނީ އޭނާގެ نفس އަށެވެ. އަދި ތިމަންކަލޭގެފާނީ ކަލޭމެންގެމައްޗަށް ގަދަހެއްދެވޭނޭ ބޭކަލެއްނޫނެވެ. (ތިމަންކަލޭގެފާނީ رسول ކަން އިއްވަވާނޭ ބޭކަލެކެވެ.)

  148. 10:109

    وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ وَٱصْبِرْ حَتَّىٰ يَحْكُمَ ٱللَّهُ ۚ وَهُوَ خَيْرُ ٱلْحَـٰكِمِينَ

    Wattabiʻ maa- yooḥaaa ʹilayka waṣbir ḥattaa yaḥkumal laahu wa-Huwa Khayrul ḥaakimeen.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ބާވައިލެއްވޭ وحي އަށް ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! އަދި ﷲ حكم ކުރައްވާންދެން އެކަލާނގެ ނިޔާކުރައްވަންދެން ކެތްތެރިވެވަޑައިގަންނަވާށެވެ! އެކަލާނގެއީ އެންމެރަނގަޅަށް حكم ކުރައްވާ ނިޔާކުރައްވާ ކަލާނގެއެވެ.

  149. Surah HudBegins here at 11:1

  150. 11:1

    الٓر ۚ كِتَـٰبٌ أُحْكِمَتْ ءَايَـٰتُهُۥ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ

    ʹAlif-laaam-Raa. Kitaabun ʹuḥkimat ʹAayaatuhoo s̤umma fuṣṣilat mil ladun Ḥakeemin Khabeer.

    الر މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ تعالى އެވެ. މިފޮތަކީ މިއީ (އެބަހީ: މި ކީރިތި قرآن މިއީ) މިފޮތުގެ حكم ތައް أمر އާއި نهى ގެގޮތުން ކަނޑައެޅިގެންވާ ފޮތެކެވެ. ދެން ثواب އާއި عذاب ދެއްވުމުގެގޮތުން تفصيل ކުރެވިގެންވެއެވެ. މިފޮތް ބާވައިލެއްވިގެންވަނީ حكمة ވަންތަ އަދި خبر ތައް ދެނެވޮޑިގެންވާ ކަލާނގެ حضرة ންނެވެ.

  151. 11:2

    أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۚ إِنَّنِى لَكُم مِّنْهُ نَذِيرٌ وَبَشِيرٌ

    ʹAllaa taʻbudooo ʹillal laah. ʹInnanee lakum minhu basheer! naẓeeruñwwa

    (އަދި رسول ﷲ ﷺ حديث ކުރެއްވިއެވެ.) (އެފޮތުގެ حكم ތައް تفصيل ވެގެންވަނީ) ކަލޭމެން ﷲ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށް އެންގެވުމަށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ އެކަލާނގެ حضرة ން ކަލޭމެންގެ ގާތަށް ފޮނުއްވިގެންވާ نَذِيْر އެއްކަމާއި އަދި بَشِيْر އެއްކަންވެސް އެންގެވުމަށެވެ. (އެބަހީ: ނުކިޔަމަންތެރިންނަށް عذاب ހުރިކަމުގެ ބިރުވެރި خبر ދެއްވާ އަދި ކިޔަމަންތެރިންނަށް ދަރުމަޔާއި ثواب ހުރިކަމުގެ އުފާވެރި خبر ދެއްވާ ބޭކަލަކުކަންވެސް އެންގެވުމަށާއިވެސް އެކުގައެވެ.)

  152. 11:3

    وَأَنِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُمَتِّعْكُم مَّتَـٰعًا حَسَنًا إِلَىٰٓ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِى فَضْلٍ فَضْلَهُۥ ۖ وَإِن تَوَلَّوْا۟ فَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ

    Wa-ʹanis tag̣firoo Rabbakum s̤umma toobooo ʹilayhi yumattiʻkum mataaʻan ḥasanan ʹilaaa ʹajalim musammañw wayuʹti kulla ẓee faḍliñ faḍlah! Wa-ʹiñ tawallaw faʹinneee ʹakhaafu ʻalaykum ʻAẓaaba Yawmiñ Kabeer.

    އަދި ކަލޭމެން ކަލޭމެންގެ رَبّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދި دعاء ކުރުމަށް އެންގެވުށާއި ދެން އެކަލާނގެ حضرة އަށް رجوع ވެ توبة ވުމަށްވެސް އެންގެވުމަށެވެ. އޭރުން އެކަލާނގެ ކަލޭމެނަށް ކަނޑައެޅިގެންވާ مدّت އަކަށް ކަލޭމެންނަށް އަރާމުކޮޅެއް ދެއްވާނެއެވެ. (އެއީ މަރުވަންދެން ދުނިޔޭގެ ތަކެތީގައި ބޭނުންކޮށް އުޅުމުގެ فرصة ދެއްވުމެވެ.) އަދި ކޮންމެ ހެޔޮކަމެއްގެ ވެރިއަކަށް އޭނާ އެކުރި ހެޔޮކަމަށް އެކަލާނގެ ދަރުމަޔާއި ثواب ދެއްވާނެތެވެ. (އެއީ قيامة ދުވަހުންނެވެ.) އަދި އެމީހުން ކިޔަމަންނުވެ ފުރަގަސްދީފިއްޔާ ކަލޭގެފާނު ވިދާޅުވާށެވެ. (އޭ މީސްތަކުންނޭވެ!) ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެންގެ މައްޗަށް އަތުވެދާނޭ ކަމަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ.

  153. 11:4

    إِلَى ٱللَّهِ مَرْجِعُكُمْ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

    ʹIlal laahi marjiʻukum, wa-Huwa ʻalaa kulli shayʹiñ Q̣adeer.

    ކަލޭމެން އެނބުރިދިއުން، އަދި އެނބުރި ދާތަންވަނީ ހަމަ ﷲ ގެ حضرة ގައެވެ. އަދި ކޮންމެކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

  154. 11:5

    أَلَآ إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُوا۟ مِنْهُ ۚ أَلَا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ

    ʹAlaaa ʹinnahum yas̤noona ṣudoorahum liyastakhfoo minh! ʹAlaa ḥeena yastag̣shoona s̤iyaabahum yaʻlamu maa- yusirroona wa-maa yuʻlinoon: ʹinnahoo ʻAleemum biẓaatiṣ ṣudoor.

    ދަންނާށެވެ! ހަމަކަށަވަރުން އެމީހުން (يعني: مُنافق ންކުރެ ބައެއްމީހުން) އެކަލާނގެއަށް ނިވައިވާންވެގެން، ވަންހަނާވާންވެގެން އެމީހުންގެ މެއިތައް ގުދުކުރެއެވެ. (އެބަހީ: رسول ﷲ ﷺ އެމީހުން ކައިރިން ވަޑައިގަންނަވަންޏާ އެމީހުން މޫނު ނިވައިކޮށް ގުދުވެ ބޮނދައިގެން ތިބެއެވެ. އެމީހުން އެހެން އެހަދަނީ އެކަލޭގެފާނަށް ނުވަތަ ﷲ އަށް ނިވައިވާންކަމަށެވެ.) ދަންނާށެވެ! އެމީހުން އެމީހުންގެ ފޭރާމުން ނިވައިކުރަމުންދާއިރު އެމީހުން ސިއްރުކުރާކަންތަކާއި އަދި އެމީހުން ފައުޅުކުރާކަންތައްވެސް ﷲ ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގައިވާހާ ތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (މިހެންވީއިރު ދެން އެކަލާނގެއަށް ނުފެންނާން ބޮނދައި އަދި ފިލަންވީ ކީއްވެހެއްޔެވެ؟)