Surah Al-FatihahBegins here at 1:1
-
1:1
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
Bismil lahir Raḥmaanir Ra-ḥeem
ފުރަތަމަ أَعُوذُ ގެމާނަ: ހެޔޮކަމާދުރުވެގެންވާ އަދި لَعْنَة ލެއްވި ފައްސައިލެވިގެންވާ شيطان އާގެ ފަރާތުން ސަލާމަތްވެ ރައްކާތެރިވުމަށް ﷲ ގެ حضرة ން މިއަޅާ حماية އާއި ރައްކާތެރިކަން ލިބިގަންނަމެވެ. ﷲ ގެ ނަންފުޅުން އަޅުފަށަމެވެ. އެކަލާނގެއީ އެންމެހައި خلق ތަކުންނަށް عامّ ކޮށް ދުނިޔޭގައި رحمة ލައްވާ ކަލާނގެއެވެ. އަދި މުއުމިނު އަޅުތަކުންނަށް قيامة ދުވަހުން خاصّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ.
-
1:2
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ
Al-Ḥamdu Lillaahi Rabbil ʻAalameen;
އެންމެހައި تَعْرِيف އާއި ثَنَاء خاصّ ވެ މިލްކުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ عالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތި ތަރްބިއްޔަތު ކުރައްވާ އެތަކެތީގެވެރި ކަލާނގެއެވެ. (عَالَم ތަކަކީ ﷲ ފިޔަވައި ދެންހުރި ހުރިހާއެއްޗެކެވެ. والله أعلم)
-
1:3
ٱلرَّحْمَـٰنِ ٱلرَّحِيمِ
ʹAr-Raḥmaanir Raḥeem;
އެކަލާނގެއީ އެންމެހައި خلق ތަކުންނަށް عامّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ. އަދި މުއުމިނުތަކުންނަށް قيامة ދުވަހުން خاصّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ.
-
1:4
مَـٰلِكِ يَوْمِ ٱلدِّينِ
Maaliki Yawmid Deen!
އެކަލާނގެއީ عمل ތަކަށް ހިސާބުބައްލަވާ ޖަޒާދެއްވާ ދުވަހުގެ ވެރިކަލާނގެއެވެ.
-
1:5
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
ʹIyyaaka naʻbudu wa-ʹiyyaaka nastaʻeen.
(އަޅަމެންގެ رَبُّއެވެ.) އަޅަމެން އަޅުކަންކުރަނީ (އަދިކުރާނީވެސް) އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ (އަދިއެދޭނީވެސް) ހަމަ އިބަރަސްކަލާނގެ حضرة ންނެވެ.
-
1:6
ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
ʹIhdinaṣ Ṣiraaṭal Mustaq̣eem.
އަޅަމެނަށް ސީދާވެގެންވާ ތެދުމަގު ދައްކަވާނދޭވެ.
-
1:7
صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ
Ṣiraaṭal laẓeena ʹanʻamta ʻalayhim G̣ayril mag̣ḍoobi ʻalayhim wa-laḍ ḍaaalleen.
އެއީ އިބަރަސްކަލާނގެ އެބޭބޭކަލުންނަށް نعمة ލެއްވި (ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނާއި ޝަހީދުންނާއި صدّيق ންފަދަ) ބޭބޭކަލުންގެ މަގެވެ. އަދި (ޔަހޫދީންފަދައިން) ކޯފާލެއްވުނު މީހުންގެ މަގެއްނޫނެވެ. އަދި (نصارى އިންފަދައިން) މަގުފުރެދުނުމީހުންގެ މަގެއްވެސްނުމެނޫންމެއެވެ.\n• ދަންނައެ! آمين މިކަލިމައަކީ الحمد ގެ ބައެއްނޫނެވެ. އެއީ خاصّ دعاء އެކެވެ. އޭގެ މާނައަކީ އަޅަމެންގެ دعاء އިޖާބަކުރައްވާނދޭވެ. މިއެވެ.\n• أَعُوذ އާއި بِسْم އާއި އަދި الحمد ގައި އެކުލެވިގެންވާ ބައެއް ކަލިމައާއިމެދު تفسير علم ވެރިން ދައްކަވާފައިވާ ދިގު تَفْصِيل ވާހަކައާއި إِخْتِلاَفُ މިކުޑަކުޑަ ތަރުޖަމާއަށް އުފުލައިގަނެވޭވަރު ނުވާތީއެވާހަކަތައް ﷲ توفيق ދެއްވި އެހެން ވަގުތެއްގައި ކޮންމެވެސް މިންވަރަކަށް بيان ކޮށްދިނުމުގެ قصد ގައި އިހަށް ބޭއްވީއެވެ. އެވާހަކަތައް އަޅުގަނޑުމެންނަށް ބަޔާންކޮށްދެވޭތޯ ޤަލަމްކޮޅުތައް حركات ކުރެއްވި ބޭބޭކަލުންނަށް ﷲ ހެޔޮ رحمة އާއި މާތް ދަރަޖަދެއްވާނދޭވެ! އަޅަމެން އޭގައި شامل ކުރައްވާނދޭވެ! آمين آمين آمين
Surah Al-BaqarahBegins here at 2:1
-
2:1
الٓمٓ
ʹAlif-laaam-meeem.
މިއަކުރުތަކާއި ދެންވެސް ބައެއް ސޫރަތް ފެށޭތަންތާގައި ހުންނަ މިބާވަތުގެ ތަފާތު އަކުރުތަކުގެ ފުރިހަމަ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އެއީ عامّ ކޮށް ހުރިހާ علم ވެރިންގެވެސް ފުރަތަމަބަހެވެ. އެޔާއެކުވެސް އެބޭކަލުން ތަފާތު رأى ތަކާއި خيال ތައް ފާޅުކުރައްވާފައިވެއެވެ. އޭގެތެރެއިން - • قتادة ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ قرآن ގެ ނަންތަކުގެ ތެރެއިން ނަމެއްކަމަށެވެ. • مُجَاهِدُ ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ الله تَعَالى ސޫރަތް ފައްޓަވައިދޭ فَوَاتِحُ ކަމަށެވެ. އެބަހީ ފެށުންތަކެކެވެ. • عبدالرّحمن بن زَيْد ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ ސޫރަތަށްވާ ނަމެއްކަމުގައެވެ. • ابن عبّاس ވިދާޅުވިކަމަށް السّدّى ގެ އަރިހުންވާ ރިވާޔަތުގައިވަނީ އެއީ إسْمُ ﷲ الأعُظَمُ ކަމުގައެވެ. • އަދި ابن عبّاس ގެ އެހެން ރިވާޔަތެއްގައިވަނީ އެއީ ﷲ ގެ إسْمُ ފުޅެއްކަމުގައެވެ. • އަދި ابن عبّاس ގެ އެހެން ރިވާޔަތެއްގައިވަނީ އެއީ أَنَا ﷲ علمއެވެ. (އެބަހީ: ތިމަންރަސްކަލާނގެއީ ﷲ އެވެ. މޮޅަށް ދެނެވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ.) އަދި أَبُوجَعْفَرُ الطَّبَرِى އެކަލޭގެފާނުންގެ މަޝްހޫރު تفسير جَامِعُ البَيَانُ ގައި މިނޫންވެސް ބައެއް تَأْوِيلُ ބަޔާންކުރައްވާފައިވެއެވެ. • އަދި اِبْنُ كَثِيرއާއި އަދި ބައެއް ބޭކަލުން ވިދާޅުވަނީ އެއީ إعْجَازُ القرآن ގެތެރެއިންވާ ކަމެކެވެ. އެބަހީ قرآن އާއިމެދު خلق ތަކުން ނުކުޅައްދައިލުމުގެ ބާބުގެތެރެއިންވާ ކަމެކެވެ. އެހެނީ خلق ތަކުންވަނީ قرآن އާއިމެދު ނުކުޅެދިފައެވެ. (وحي ކުރައްވާކަހަލައެވެ.) قرآن މިވަނީ ކަލޭމެންވެސް ދަންނަ މިފަދަ އަކުރުތަކުން އެކުލެވިގެންނެވެ. އެހެންވީއިރު ކަލޭމެންވެސް މިފަދަ قرآن އެއް ނުވަތަ ސޫރަތެއްނަމަވެސް ގެނެސްބަލާށެވެ. މިއެވެ. ކޮންމެއަކަސް މިބާވަތުގެ އަކުރުތަކާއިމެދު ކުރެވިފައިވާ تَأْوِيل ތަކުގެ ތެރެއިން މި تَأْوِيل އާއިމެދު ވަރަށްގިނަބަޔަކު އާހޫންވެއެވެ. އެއީ ﷲ ގެ މުރާދުފުޅު ކަމުގައިވުންވެސް އެކަށީގެންވެއެވެ. والله أعلم.
-
2:2
ذَٰلِكَ ٱلْكِتَـٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ
Ẓaalikal Kitaabu laa - rayba feeh. Hudal lil-Muttaq̣een;
މިފޮތް (އެބަހީ: މި قرآن) ދަންނައެވެ. މިފޮތާއިމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ تقوى ވެރިންނަށްވާ ތެދުމަގެކެވެ. (އެހެންބަޔަކަށްނޫނެވެ. އަދި تقوى ވެރިނޫން މީހުންނަށް މިފޮތަކީ ބިރުވެރި ފޮތެއްކަމުގައި ވާނެއެވެ.)\n• تقوىވެރިވުމަކީ: ބިރުވެތިވުމެވެ. ﷲ ގެ ކޯފާއާއި عَذَاب އަށް ބިރުގަތުމެވެ. އެކަމުން ރައްކާތެރިވުމެވެ. تقوى ވެރިކަން حاصل ވަނީ ﷲ حَرَام ކުރެއްވި ކަންތަކުން ރައްކާތެރިވެ އެކަންކަން ނުކުރުމުންނާއި އަދި އެކަލާނގެ فَرْض ކުރެއްވި ކަންތައް އަދާކުރުމުންނެވެ.
-
2:3
ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ
ʹAllaẓeena yuʹminoona bil-G̣aybi wa-yuq̣eemoonaṣ Ṣalaata wa-mimmaa razaq̣naahum yuñfiq̣oon;
އެމީހުންނަކީ: އެބަހީ: އެ تقوى ވެރިންނަކީ غَيْب އަށް އީމާންވާމީހުންނެވެ. އަދި ނަމާދު قائم ކުރާމީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށްދެއްވި رِزْقُ ން (ﷲ ގެ މަގުގައި) ހޭދަކުރާމީހުންނެވެ. (زكاة ދީ صَدَقة ދީހަދާމީހުންނެވެ.)
-
2:4
وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ
Wallaẓeena yuʹminoona bimaaa ʹuñzila ʹilayka wa-maaa ʹuñzila miñ q̣ablik, wa-bilʹAakhirati hum yooq̣inoon.
އަދި އެމީހުންނަކީ: ކަލޭގެފާނަށް ބާވައިލެއްވުނު ތަކެއްޗަށާއި އަދި ކަލޭގެފާނުންގެ ކުރީގެ (ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް) ބާވައިލެއްވުނު ތަކެއްޗަށްވެސް އީމާންވާ މީހުންނެވެ. އަދި އެމީހުންނަކީ ކަނޑައެޅިގެން آخرة ދުވަސް އަންނާނެކަމަށް يقين ކުރާމީހުންނެވެ.
-
2:5
أُو۟لَـٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ
ʹUlaaaʹika ʻalaa Hudam mir Rabbihim, wa-ʹulaaaʹika humul Mufliḥoon.
އެމީހުން ދަންނައެވެ. އެމީހުން އެވަނީ އެމީހުންގެ رَبّ ގެ حضرة ންވާ ތެދުމަގުގެ މަތީގައެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން آخرة ދުވަހުން ކާމިޔާބުވެ نصيب ވެރިވާނޭ މީހުންނެވެ. ނޯޓް: غَيْب އަކީ ލޮލަށްނުފެނުމެވެ. غَيْبُ ގެ ތަކެއްޗަކީ ލޮލަށް ނުފެންނަ ތަކެއްޗެވެ. غَيْب އަށް إيْمَان ވުމަކީ ތިމާމެންގެ ލޮލަށް ނުފެންނަތަކެތީގެ ތެރެއިން އެތަކެތި ތެދުކޮށް އެތަކެއްޗަށް إيْمَان ވުން إسلام دين ގެ ފަރާތުން لاَزِمُ ކުރާ ތަކެއްޗާއި ކަންތަކެވެ. މިސާލަކަށް ﷲ ވޮޑިގެންވުން ސުވަރުގެޔާ ނަރަކަވާކަން މަރުވުމަށްފަހު ދިރުއްވައި مَحْشَرُ ކުރެއްވުން. ދެންވެސް މިބާވަތުގެ އެންމެހައި ކަންކަމެވެ.\n• ނަމާދު ޤާއިމް ކުރުމަކީ ޝަރުތު ތަކާއި ރުކުން ތައް ފުރިހަމަކޮށް ވަގުތުން ވަގުތައް މެދުނުކަނޑައި رسول الله ﷺ އެންގެވި ގޮތަށް ކުރުމެވެ. އެހެންގޮތެއް ނޫ ނެވެ.
-
2:6
إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ
ʹInnal laẓeena Kafaroo sawaaaʹun ʻalayhim ʹaʹañẓartahum ʹam lam tuñẓirhum laa yuʹminoon.
ހަމަކަށަވަރުން ކާފަރުވީ މީސްތަކުން (ދަންނައެވެ!) އޭ رَسُول ﷲ އެވެ! އެމީހުންނަށް ކަލޭގެފާނު إنذار ކުރެއްވުމެކޭ އަދި ނުވަތަ އެމީހުންނަށް ކަލޭގެފާނު إِنْذَارُ ނުކުރެއްވުމެކޭ ހަމަހަމައެވެ. އެމީހުން އީމާނެއްނުވާނެއެވެ.
-
2:7
خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَـٰرِهِمْ غِشَـٰوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ
Khatamal laahu ʻalaa q̣uloobihim wa-ʻalaa samʻihim, wa-ʻalaaa ʹabṣaarihim g̣ishaawah; wa-lahum ʻaẓaabun ʻaz̤̣eem.
އެމީހުންގެ ހިތްތަކުގެމަތީގައި (އެހިތްތަކަށް ހެޔޮއެއްޗެއް ނުވިސްނޭނޭގޮތުން) ﷲ ވަނީ ސިއްކަޖައްސަވާ ބަންދުކުރައްވާފައެވެ. އަދި އެމީހުންގެ އިވުންތަކުގެ މަތީގައިވެސް އެވަނީ އެފަދައިން ބަންދުކުރައްވާފައެވެ. (އެއީ حَقُّ ތެދުއެއްޗެއް ނުއިވޭނޭގޮތުންނެވެ.) އަދި އެމީހުންގެ ލޯތަކުގެ މަތީގައި (ރަނގަޅު ތެދުގޮތް ނުފެންނާނޭގޮތުން) އެވަނީ ހުރަހެއްލައްވާފައެވެ. ނުވަތަ މަތިގަނޑެއް ޖައްސަވާފައެވެ. (قِيَامَة ދުވަހުން) ކަނޑައެޅިގެން އެމީހުންނަށް ހުރީ ބޮޑުވެގެންވާ عَذَاب އެވެ. * ދަންނައެވެ. ކީރިތި قُرْآنُ ގައި عَامّ ކޮށް ވާހަކަދެކެވިފައިވަނީ އިންސާނުން ކުރެ ތިންބައެއްގެ މައްޗަށެވެ. އެތަނުން ފުރަތަމަބަޔަކީ، تَقْوَى ވެރިންނެވެ. އެމީހުންނާބެހޭ إجمالى ވާހަކަކޮޅެއް އެވަނީ މިސޫރަތް ފެށުނުތަނުން ފަސްވަނަ އާޔަތުގެ ނިޔަލަށެވެ. مُفْلِحُونَ ވީނަތަށެވެ. * ދެވަނަބަޔަކީ ސީދާ (އޮރިޖިނަލް) ކާފަރުންނެވެ. އެމީހުންގެ ކަންތައް ހުންނަގޮތާއި އަދި އެމީހުންނަށް ހުންނާނެ عَذَاب ގެ ވާހަކައިގެ خُلاَصَة އެވަނީ ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގައެވެ. * ތިންވަނަބަޔަކީ مُنَافِقُ ންނެވެ. އަށްވަނަ އާޔަތުން އެބަހީ وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِﷲ މިތަނުން ފެށިގެން ގާތްގަނޑަކަށް ވިހިވަނަ އާޔަތުގެ ނިޔަލަށް އެވަނީ އެމީހުންނާބެހޭގޮތުން އިޖްމާލީ خُلاَصَة އެކެވެ. އެމީހުންގެ ނުރައްކާ ކަމާއިއެމީހުންގެ ދެފުށްދެގޮތްކަމުން އެމީހުންނާބެހޭ مُقَدِّمة ވެސް ދިގުކޮށްވާކަމުގައި ފެނެއެވެ. ދެން މި ތަރުޖަމާކުރާ ހިސާބުން ފެށިގެން އެވަނީ އެވާހަކަތަކެވެ.
-
2:8
وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلْيَوْمِ ٱلْـَٔاخِرِ وَمَا هُم بِمُؤْمِنِينَ
Wa-minan naasi mañy yaq̣oolu ʹaamannaa billaahi wa-bil-Yawmil ʹAakhiri wa-maa hum̃ bimuʹmineen.
ﷲ އަށާއި آخرة ދުވަހަށް އަހުރެމެން އީމާންވެއްޖައީމުއޭ ބުނާމީހުން މީސްތަކުންގެތެރޭގައި ވެއެވެ. (އޭގެ ޖަވާބުގައި ﷲ خَبَر ދެއްވަނީ) އަދި އެމީހުން މުއުމިނުންކަމުގައިވެސް ނުވެއެވެ.
-
2:9
يُخَـٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُوا۟ وَمَا يَخْدَعُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ
Yukhaadiʻoonal laaha wallaẓeena ʹaamanoo: wa-maa Yakhdaʻoona ʹillaaa ʹañfusahum wa-maa yashʻuroon.
އެމީހުން ﷲ އަށާއި އަދި އީމާންވެގެންވާމީހުންނަށް (އެމީހުންހިތުން) މަކަރުހަދަނީއެވެ. އޮޅުވައިލަނީއެވެ. އަދި އެމީހުން އެހަދާ މަކަރާ އޮޅުވައިލުމުގެ ގެއްލުންވަނީ ހަމައެމީހުންގެ އަމިއްލަ نفس ތަކަށެވެ. އަދި އެމީހުންނަށް އެކަން إحْسَاس ވެސް ނުކުރެވެއެވެ.
-
2:10
فِى قُلُوبِهِم مَّرَضٌ فَزَادَهُمُ ٱللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْذِبُونَ
Fee q̣uloobihim maraḍuñ fazaadahumul laahu Maraḍaa. Wa-lahum ʻaẓaabun ʹaleemum̃ bimaa Kaanoo Yakẓiboon.
އެމީހުންގެ ހިތްތަކުގައި އެވަނީ (ﷲ އާއިމެދު ޝައްކާއި وَهُمْ ގެ) ބަލިމަޑުކަމެކެވެ. އަދި ﷲ تعالى އެމީހުންނަށް ބަލިމަޑުކަން އިތުރުކުރައްވާށިއެވެ. އަދި އެމީހުން ދޮގުހަދާކަމުގެ ސަބަބުން އެމީހުންނަށް قِيَامَة ދުވަހުންވަނީ ވޭންދެނިވި عَذَاب އެކެވެ.
-
2:11
وَإِذَا قِيلَ لَهُمْ لَا تُفْسِدُوا۟ فِى ٱلْأَرْضِ قَالُوٓا۟ إِنَّمَا نَحْنُ مُصْلِحُونَ
Wa-ʹiẓaa q̣eela lahum laa- tufsidoo fil ʹarḍi q̣aalooo ʹinnamaa naḥnu muṣliḥoon.
އަދި އެމީހުންނަށް ކަލޭމެން ބިމުގައި ފަސާދަނުކުރާށޭ (ﷲ އަށް އުރެދި ކާފަރުނުވާށޭ) ބުނެވިއްޖިއްޔާ އެމީހުންބުނެއެވެ. ހަމަކަށަވަރުން އަހުރެމެންނީ إصلاح ކުރާމީހުންނީމުއެވެ. (މިއީ މިޒަމާނުގެ އެމެރިކާނުންނާއި އެބާވަތުގެ އެންމެންގެ ބަސްހުންނަގޮތެވެ. އެތައް މުސްލިމުންނެއް މަރާ އެތައްތަނެއް ބަރުބާދުކުރަމުންވެސް މިއީ ޓެރަޒިޒަމްއާއި އިދިކޮޅަށްކުރާ އަދި ޓެރަރިޒަމް މަނާކުރަންކުރާ ހަނގުރާމަކަމުގައި ބުނަނީއެވެ. ތަފާތަކީ ކޮބައި ތޯއެވެ.)
-
2:12
أَلَآ إِنَّهُمْ هُمُ ٱلْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ
ʹAlaaa ʹinnahum humul mufsidoona wa-laakil laa yashʻuroon.
ދަންނާށެވެ! ކަނޑައެޅިގެން އެމީހުން އެއީ ހަމަ فاسد ންނެވެ. (ﷲ ގެ އުރެދުމުގައި އުޅޭ ޓެރަރިސްޓުންނެވެ.) އަދި އެކަމަކު އެމީހުންނަކަށް އެކަންވެސް إحْسَاس ނުވެއެވެ.
-
2:13
وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَـٰكِن لَّا يَعْلَمُونَ
Wa-ʹiẓaa q̣eela lahum ʹaaminoo kamaaa ʹaamanan naasu q̣aalooo ʹanuʹminu kamaaa ʹaamanas sufahaaaʹ? ʹAlaaa ʹinnahum humus sufahaaaʹu wa-laakil laa yaʻlamoon.
އަދި މީސްތަކުން އީމާންވާގޮތަށް (މުއުމިނުތަކުން އީމާންވާގޮތަށް) ކަލޭމެން އީމާންވާށޭ އެމީހުންނަށް ބުނެވިއްޖިއްޔާ އެމީހުން ބުނެއެވެ. މޮޔަ جاهل ން އީމާންވާގޮތަށް އަހުރެމެން އީމާންވާނޭހެއްޔެވެ؟ (އެމީހުންގެ އެބަހުން މުރާދުކުރަނީ أصْحَابُ ބޭކަލުންނާއި ދެންވެސް مؤمن ންނެވެ.) ދަންނާށެވެ. މޮޔަ جاهل ނަކީ ހަމައެމީހުންނެވެ. އަދި އެކަމަކު އެމީހުންނަކަށް އެގޮތެއްނޭގެއެވެ.
-
2:14
وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ إِلَىٰ شَيَـٰطِينِهِمْ قَالُوٓا۟ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ
Wa-ʹiẓaa laq̣ul laẓeena ʹaamanoo q̣aalooo ʹaamannaa, wa-ʹiẓaa Khalaw ʹilaa Shayaaṭeenihim q̣aalooo ʹinnaa maʻakum ʹinnamaa naḥnu mustahziʹoon.
އަދި އީމާންވީމީހުންނާއި އެމީހުން ބައްދަލުވެއްޖެއްޔާ އެމީހުން ބުނެއެވެ. އަހުރެމެން އީމާންވެއްޖައީމުއެވެ. އަދި އެމީހުންކަހަލަ އެހެން شَيْطَانُ ންނާއެކު އެމީހުން އެކަނިވެއްޖެއްޔާ އެމީހުން ބުނެއެވެ. ހަމަކަށަވަރުން އަހުރެމެންވަނީ ކަލޭމެންނާއެކުގައެވެ. (އަދި އަހުރެމެން މުއުމިނުންނާ ވާހަކަދައްކައިލީ) ހަމަކަށަވަރުން އެމީހުންނަށް މަލާމާތް ކުރުމުގެ ގޮތުންނެވެ.
-
2:15
ٱللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ
ʹAllaahu yastahziʹu bihim wa-yamudduhum fee ṭug̣yaanihim yaʻmahoon.
ﷲ އެމީހުންނަށް މަލާމާތްކުރައްވައެވެ. އަދި އެމީހުންގެ އެމަގުފުރެދުމުގައި ދެފުށުއެޅިއެޅިތިބޭ حَالُ އަނދިރިކުރައްވާފައި އެކަލާނގެ އެމީހުން ބައިތިއްބަވައެވެ. * ދަންނައެވެ! ﷲގެ މަލާމާތްކުރެއްވުން އޮންނާނީ އެކަލާނގެ مُقَدَّس ذَات ފުޅާއި އެކަށީގެންވާގޮތުގެމަތީންނެވެ. އަދި ބައެއް مُفَسِّرُ ވިދާޅުވަނީ އޭގެ މާނައަކީ އެމީހުންކުރާ މަލާމާތަށް އެކަލާނގެ އެމީހުންނަށް އެކަމުގެ حَقّ އަދަބުދެއްވާނެ ވާހަކަ ކަމުގައެވެ. - والله أعلم.
-
2:16
أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَـٰلَةَ بِٱلْهُدَىٰ فَمَا رَبِحَت تِّجَـٰرَتُهُمْ وَمَا كَانُوا۟ مُهْتَدِينَ
ʹUlaaaʹikal laẓeenash tarawuḍ ḍalaalata bilhudaa: famaa Rabiḥat tijaaratuhum wa-maa Kaanoo Muhtadeen.
އެމީހުންނަކީ ތެދުމަގުދީފައި މަގުފުރެދުންގަތް ބައެކެވެ. ތެދުމަގުގެ ބަދަލުގައި މަގުފުރެދުން إخْتِيَارُ ކުރި ބައެކެވެ. އަދި އެމީހުން އެކުރި ވިޔާފާރީގައި އެމީހުންނަކަށް ނަފާއެއް ނުކުރިއެވެ. އަދި ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައި އެމީހުންނެއް ނުވިއެވެ.
-
2:17
مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَارًا فَلَمَّآ أَضَآءَتْ مَا حَوْلَهُۥ ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَـٰتٍ لَّا يُبْصِرُونَ
Mas̤aluhum Kamas̤alil laẓis tawq̣ada Naaraa; falammaaa ʹaḍaaaʹat maa- ḥawlahoo ẓahabal laahu binoorihim wa-tarakahum fee z̤̣ulumaatil laa Yubṣiroon.
އެމީހުންގެ މިސާލަކީ އަލިފާންގަނޑެއް އެންދިމީހެއްގެ މިސާލެވެ. ފަހެ އެއަލިފާންގަނޑު ރޯވެ އެމީހާގެ ވަށައިގެންވާތަން އަލިކޮށްލިހިނދުން (އޭގެ އަލިގަދަކަމުން) ﷲ تعالى އެމީހުންގެ ލޮލުގެ އަލިކަން ގެންދަވައިފިއެވެ. އަދި އަނދިރިތަކެއްގައި ނުފެންނަގޮތަށް އެކަލާނގެ އެމީހުން ދޫކުރައްވައިފިއެވެ. އަނދިރީގައި ބައިތިއްބަވައިފިއެވެ.\nزُبْدَةُ التَّفْسِيرُ ގައި إبنُ مَسْعُودُ އާއި އަދިވެސް ބައެއް آصحاب ބޭކަލުންގެ އަރިހުން ރިވާވެގެންވެއެވެ. نَبي ﷺ މަދީނާއަށް ވަޑައިގެންނެވުމާއި ގުޅިގެން ބަޔަކުމީހުން އިސްލާމްވިއެވެ. ދެން އޭގެ ފަހުގައި مُنَافِقُ ވީއެވެ. އެމީހުންގެ މިސާލެއްކަމުގައިވަނީ އަލިފާންގަނޑެއް ރޯކޮށް އެންދިމީހެއްގެ މިސާލެވެ. އަލިފާންގަނޑު އަލިކޮށްލުމުން އޭނާގެ ވަށައިގެންވާ ހުރިހާ ނުރައްކަލަކާ އުނދަގުލެއްފެނުނެވެ. އަދި ސަލާމަތްވާން ދާނެގޮތްވެސް އެނގުނެވެ. އެހެން ހުއްޓާ އަލިފާންގަނޑު ނިވުމުން ދެން ރައްކާތެރިވާން ދާނެ ނުދާނެތަނެއް ނޭނގޭކަމުގައިވިއެވެ. مُنَافِقُ ންވެސް އެފަދައެވެ. އޭނާވެސް ހުރީ شِرْكُ ގެ އަނދިރީގައެވެ. ދެން އިސްލާމްވުމުން حَلاَل އާއި حَرَام އަދި ހެވާއި ނުބައި އެނގި އޮޅުންފިލައްޖެއެވެ. ދެންއޭގެފަހުގައި އޭނާ ކާފަރުވީއެވެ. (އެތެރެފުށުން ކާފަރުކަން إخْتِيَارُ ކުރީއެވެ.)
-
2:18
صُمٌّۢ بُكْمٌ عُمْىٌ فَهُمْ لَا يَرْجِعُونَ
Ṣummum bukmun ʻumyuñ fahum laa- yarjiʻoon.
އެމީހުންނަކީ ބީރު މަންމަން އަދި ކަނުބައެކެވެ. އެމީހުން އެތިބިގޮތްނޫން އެހެންގޮތަކަށް އެނބުރި رُجُوع ނުވާނެއެވެ. (مُنَافِقُ ންނަކީ އެކަހަލަ ބައެކެވެ. ހެޔޮބަހެއް ނާހާނެއެވެ. حَقُّ ތެދުބަހެއް ނުބުނާނެއެވެ. ތެދު حقيقة ގެފަހުގައި އަލުންވެސް حَلاَل އެއް حَرَام އެއް އޮޅުންނުފިލާ ބަޔަކުކަމުގައި އެމީހުން ވެއްޖެއެވެ. والله أعلم.)
-
2:19
أَوْ كَصَيِّبٍ مِّنَ ٱلسَّمَآءِ فِيهِ ظُلُمَـٰتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَـٰبِعَهُمْ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلْمَوْتِ ۚ وَٱللَّهُ مُحِيطٌۢ بِٱلْكَـٰفِرِينَ
ʹAw kaṣayyibim minas samaaaʹi feehi z̤̣ulumaatuñw wa-raʻduñw wa-barq̣: yajʻaloona ʹaṣaabiʻahum feee ʹaaẓaanihim minaṣ ṣawaaʻiq̣i ḥaẓaral mawt. Wallaaḥu Muḥeeṭum bilkaafireen.
ނުވަތަ (އެމީހުންގެ މިސާލަކީ) އުޑުންއައި ވާރޭވިލާގަނޑެއްގެ މިސާލެވެ. އެވިލާގަނޑުގައި އަނދިރިކަމާއި ގުގުރިޔާ ވިދުވަރުވެއެވެ. އަދި ގުގުރީގެ އަޑުގަދަކަމުން މަރުވެދާނެކަމުގެ ބިރަށް އެމީހުން އެމީހުންގެ ކަންފަތްތަކުގެ މަތީގައި އެމީހުންގެ އިނގިލިތައް އަޅަނީއެވެ. އަދި ﷲ އީ ކާފަރުންގެ ވަށައިގެންވާ ކަލާނގެއެވެ. (އެބަހީ އެމީހުންގެ ހުރިހާކަމެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ.)
-
2:20
يَكَادُ ٱلْبَرْقُ يَخْطَفُ أَبْصَـٰرَهُمْ ۖ كُلَّمَآ أَضَآءَ لَهُم مَّشَوْا۟ فِيهِ وَإِذَآ أَظْلَمَ عَلَيْهِمْ قَامُوا۟ ۚ وَلَوْ شَآءَ ٱللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَـٰرِهِمْ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Yakaadul barq̣u yakhṭafu ʹabṣaarahum: kullamaaa ʹaḍaaaʹa lahum mashaw feehi wa-ʹiẓaaa ʹaz̤̣lama ʻalayhim q̣aamoo. Wa-law shaaaʹal laahu laẓahaba bisamʻihim wa-ʹabṣaarihim; ʹinnal laaha ʻalaa kulli shayʹiñ Q̣adeer.
ވިދުވަރުގެ ގަދަކަމުން އެމީހުންގެ ލޮލުގެ އަލިކަން ޖަހައިގަތުން ގާތްވެގެންވެއެވެ. އަދި އަލިވެގަންނަ ކޮންމެހިނދެއްގައި އެއަލިކަމުގެތެރޭގައި ހިނގައިގަނެއެވެ. (އަދި ވިދައިގަތުންގޮސް) އަނދިރިވެގަތީމާ (ދާންނޭނގިގެން) ހުއްޓިތިބެއެވެ. އަދި ﷲ އިރާދަކުރެއްވިނަމަ އެމީހުންގެ އިވުމާއި ފެނުންވެސް އެކަލާނގެ ގެންދަވައިފީހެވެ. ހަމަކަށަވަރުން ﷲ تعالىއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ. (މިއީވެސް މިސާލެކެވެ. މިމިސާލު ތަރުޖަމާ ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ: އުޑުންވެހުނު ވާރޭވިލާގަނޑަކީ ﷲ ބާވައިލެއްވި ކީރިތި قرآن އެވެ. އޭގައިހުރި އަނދިރިކަމާއި ގުގުރިޔާ ވިދުވަރަކީ، مُنَافِقُ ންނާއި ބެހޭގޮތުން އައިސްފައިވާ ބިރުވެރި خَبَرُ ތަކާއި އެމީހުންނަށްހުރި ﷲ ގެ ކޯފާއާއި عَذَاب އެވެ. އެހެންވެ އެއަޑުނާހާންވެގެން އެމީހުންގެކަންފަތްތަކުގައި އިނގިލިއަޅަނީއެވެ. ހޮނުގުގުރިޔަށްވުރެ އޭގެ އަޑު އެމީހުންނަށް މާބިރުވެރިއެވެ. އަދި ވިދައިގަންނަހިނދު އެމީހުންގެ ލޯތައް ޖަހައިގަންނަން ގާތްވާކަމުގެ ވާހަކައަކީ مُنَافِقُ ންނާބެހޭގޮތުން قرآن ގައިވާ مُحْكَمُ އާޔަތްތަކުން އެމީހުން فضيحة ވެ ބޭޒާރުވަމުންދާލެއް ބާރުކަމުން ލޯހުޅުވާ ބަލައިލަންވެސް ނުކެރޭހާވަރުވާ ވާހަކައެވެ. އަދި އަލިވާ ކޮންމެހިނދެއްގައި ހިނގައިގަނެއޭ އޮތްބަސްފުޅުން މުރާދުކުރައްވަނީ އެމީހުންގެ (އެބަހީ: އިސްލާމުންގެ) މުދަލާއި ދަރިންގިނަވެ އިސްލާމުންނަށް فتح އާއި غَنِيْمَة މުދާގިނަވީމާބުނެއެވެ. އާނ مُحَمَّد ގެފާނުންގެ ދީންތެދެވެ. ދެން އޭގެފަހަތުން ދެއެވެ. އަދި އަނދިރިވީމާ ހުއްޓިތިބޭކަމުގެ މުރާދުކުރައްވަނީ އެމީހުންގެ މުދަލާއި ދަރީންމަދުވެ އުނދަގުލާއި مُصِيْبَة ޖެހުނީމާ ބުނެއެވެ. މިއީ مُحَمَّدގެފާނުންގެ دِيْنُ ގެ ސަބަބުންނެވެ. ދެން މުރުތައްދުވެ ކާފަރުކަންމަތީ قَائم ވެތިބެއެވެ. މިއެވެ. زُبْدَةُ التفسير ގައި މި ތަރުޖަމާ ބަޔާންވެގެންވެއެވެ.)
-
2:21
يَـٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
Yaaaʹayyuhan naasuʻ budoo. Rabbakumul laẓee khalaq̣akum wallazeena miñ q̣ablikum laʻallakum tattaq̣oon.
އޭ މީސްތަކުންނޭވެ! ކަލޭމެންނާއި އަދި ކަލޭމެންގެ ކުރީގެ މީސްތަކުންވެސް ހެއްދެވި ކަލޭމެންގެ رَبّ އަށް ކަލޭމެން އަޅުކަންކުރާށެވެ! އެއީ ކަލޭމެން تقوى ވެރިވުމަށްޓަކައެވެ. / ތަޤްވާވެރިވުމުގެ އުއްމީދުގައެވެ.
-
2:22
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ
Allaẓee jaʻala lakumul ʹarḍa firaashañw was-samaaaʹa binaaaʹaa: wa-ʹañzala minas samaaaʹi maaaañ faʹakhraja bihee minas̤ s̤amaraati rizq̣al lakum: falaa tajʻaloo lillaahi ʹañdaadañw wa-ʹañtum taʻlamoon.
އެކަލާނގެއީ ކަލޭމެންނަށްޓަކައި ބިންގަނޑު ތަންމައްޗެއްކަމުގައި އަދި އުޑު އެއީ ބިނާއެއްކަމުގައި ލެއްވި ކަލާނގެއެވެ. އަދި އުޑުން އެކަލާނގެ ފެންބާވައިލެއްވިއެވެ. ވެއްސެވިއެވެ. އަދި އެފެނުން ކަލޭމެނަށްވާ رِزْق އެއްގެގޮތުން އެކަލާނގެ މޭވާގެ ބާވަތްތައް (ގަސްގަހާގެހީގެތަކެތި) ނެރުއްވިއެވެ. ފަހެ އެހެންވެ ކަލޭމެން ﷲ އަށް شريك ންތަކެއް، ބައިވެރިންތަކެއް ކަލޭމެން ރަނގަޅަށް ދެނެތިބި حال ބައިވެރިކޮށް ނުހަދާށެވެ! ބައިވެރިނުކުރާށެވެ! إختيار ނުކުރާށެވެ!
-
2:23
وَإِن كُنتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ
Wa-iñ kuñtum fee raybim mimmaa nazzalnaa ʻalaa ʻAbdinaa faʹtoo bi-Sooratim mim mis̤lih; wadʻoo shuhadaaaʹakum miñ doonil laahi ʹiñ kuñtum ṣaadiq̣een.
އަދި ތިމަންރަސްކަލާނގެއަޅާ (محمّد ﷺ) ގެ މައްޗަށް ތިމަންރަސްކަލާނގެ ބާވައިލައްވާ ތަކެއްޗާމެދު ކަލޭމެން ޝައްކެއްގައިވަންޏާ ފަހެ ކަލޭމެން އެފަދަ އެންމެ ސޫރަތެއްވެސް ނިކަން ގެނަސްބަލާށެވެ! ހަދައިބަލާށެވެ! އަދި އެކަމުގައި ﷲ ފިޔަވައި ކަލޭމެނަށް އެހީތެރިވާނޭ އެހީތެރިންނަށް ގޮވައި ގެންނާށެވެ! ކަލޭމެންނީ ތެދުވެރިންކަމުގައިވަންޏާ ނިކަން އެފަދަ އެންމެ\nސޫރަތެއްނަމަވެސް ހަދައިބަލާށެވެ!
-
2:24
فَإِن لَّمْ تَفْعَلُوا۟ وَلَن تَفْعَلُوا۟ فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ ۖ أُعِدَّتْ لِلْكَـٰفِرِينَ
faʹil lam tafʻaloo wa-lañ tafʻaloo fattaq̣un Naaral latee wa-q̣ooduhan naasu walḥijaaratu ʹuʻiddat lil-Kaafireen.
ފަހެ ކަލޭމެން އެކަން ނުކުރިއްޔާ ދެން އަދި ކިއެއްހެއްޔެވެ! އެކަން ކަލޭމެނަށް ނުވެސްކުރެވޭނެއެވެ. އެހެންވީއިރު ދެން ކަލޭމެން ނަރަކައަށް ބިރުވެތިވާށެވެ! އެނަރަކައިގެ ދަރަކީ މީސްތަކުންނާއި ހިލައެވެ. އެތަން ތައްޔާރުކުރެވިގެންވަނީ ކާފަރުންނަށެވެ. (ޤުރްއާނާއި محمّد ﷺ އަށް އީމާންނުވާ މީހުންނީ ކާފަރުންނެވެ.)
-
2:25
وَبَشِّرِ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ كُلَّمَا رُزِقُوا۟ مِنْهَا مِن ثَمَرَةٍ رِّزْقًا ۙ قَالُوا۟ هَـٰذَا ٱلَّذِى رُزِقْنَا مِن قَبْلُ ۖ وَأُتُوا۟ بِهِۦ مُتَشَـٰبِهًا ۖ وَلَهُمْ فِيهَآ أَزْوَٰجٌ مُّطَهَّرَةٌ ۖ وَهُمْ فِيهَا خَـٰلِدُونَ
Wa-bashshiril laẓeena ʹaamanoo wa-ʻamiluṣ Ṣaaliḥaati ʹanna lahum jannaatiñ tajree miñ taḥtihal ʹanhaar. Kullamaa ruziq̣oo minhaa miñ s̤amaratir rizq̣añ q̣aaloo haaẓal laẓee ruziq̣naa miñ q̣abl. wa-ʹutoo bihee mutashaabihaa. Wa-lahum feehaaa ʹazwaajum muṭahharah; wahum feehaa khaalidoon.
އަދި (އޭ ރަސޫލު ﷲ އެވެ!) އީމާންވެގެން صَالِحُ عمل ކުރި މީސްތަކުންނަށް ހަމަކަށަވަރުން އެތަންތާނގެ ދަށުން އާރުތައްދެމޭ ބަގީޗާތަކެއް (ސުވަރުގެތަކެއް) ހުރިކަމުގައި ކަލޭގެފާނު އެމީހުންނަށް އުފާވެރި خَبَرُ ދެއްވާށެވެ. އެތަނުން އެމީހުންނަށް މޭވާގެ رِزْق އެއް ލިބިއްޖެ ކޮންމެހިނދެއްގައި އެމީހުން ބުނާނެއެވެ. މިއެއްޗަކީ މީގެކުރީންވެސް (ދުނިޔޭގައިވެސް) އަހުރެމެންނަށް ލިބުނު އެއްޗެއްސެވެ. އަދި އެމީހުންނަށް އެތަނުގައި އެއްކަހަލަ / ނުވަތަ ތަފާތު މޭވާ ދެއްވޭނެއެވެ. (އެބަހީ: ވައްތަރާއި ސިފަ ދުނިޔޭގައިހުރިތަކެއްޗާއި އެއްގޮތްނަމަވެސް ރަހަޔާއި ތާސީރު މުޅިންތަފާތު ތަކެއްޗެވެ.) އަދި އެމީހުންނަށް އެތާނގައި طَاهِرُ ވެގެންވާ އަނބީންތައްވެއެވެ. އަދި އެމީހުން އެތާ ދެމިތިބޭހުއްޓެވެ.
-
2:26
۞ إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًا ۘ يُضِلُّ بِهِۦ كَثِيرًا وَيَهْدِى بِهِۦ كَثِيرًا ۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَـٰسِقِينَ
ʹInnal laaha laa yastaḥyeee ʹañy yaḍriba mas̤alam maa baʻooḍatañ famaa fawq̣ahaa. Faʹammal laẓeena ʹaamanoo fayaʻlamoona ʹannahul Ḥaq̣q̣u mir Rabbihim: wa-ʹammal laẓeena kafaroo fayaq̣ooloona maaẓaaa ʹaraadal laahu bihaaẓaa mas̤alaa? Yuḍillu bihee kas̤eerañw wa-yahdee bihee kas̤eeraa: wa-maa yuḍillu biheee ʹillal Faasiq̣een;
ހަމަކަށަވަރުން މަދިރިއަކުންވިޔަސް އަދި ނުވަތަ އެއަށްވުރެ ކުޑައެއްޗަކުންވިޔަސް ނުވަތަ އެއަށްވުރެން ބޮޑުއެއްޗަކުންވިޔަސް އެއްވެސް މިސާލެއް ޖެއްސެވުމަށް ﷲ ލަދުވެތިވެވޮޑިގެންނުވެއެވެ. ފަހެ އީމާންވީ މީސްތަކުންނަށް ﷲ އެޖެއްސެވި މިސާލު އެއީ ހަމަ حَقُّ ތެދު މިސާލެއްކަން ރަނގަޅަށް ދަންނާނެއެވެ. އެނގޭނެއެވެ. އެމީހުންގެ رَبّ ގެ حَضْرَتُ ންވާ حَقُّ ކަން ދަންނާށެވެ! އަދި ކާފަރުވީ މީސްތަކުން ދަންނައެވެ! ފަހެ އެމީހުންބުނާނެއެވެ. މިމިސާލުން ދެން ﷲ تعالى އެދިވޮޑިގަންނަވަނީ ކޮންކަމެއްބާވައެވެ؟ - އެމިސާލުން ﷲ تعالى ގިނަބަޔަކު މަގުފުރައްދަވައެވެ. އަދި އެމިސާލުގެ ސަބަބުން އެކަލާނގެ އެތައްބަޔަކަށް ތެދުމަގުދައްކަވައެވެ. އަދި ﷲ ގެ ކިޔަމަނުން ނުކުމެވެގެންވާ فَاسِقُ ންމެނުވީ އޭގެސަބަބުން އެކަލާނގެ މަގުނުފުރައްދަވައެވެ. • ދަންނައެވެ! މިއާޔަތުގައި މަދިރިއެއްގެ މިސާލުޖައްސަވައި އެޔާބެހޭ ވާހަކަ ދައްކަވާފައިވަނީ مُنَافِقُ ންނާއި މެދުގައިކަމަށް ބައެއް مُفَسِّرُ ން ވިދާޅުވެއެވެ. މަދިރިވެސް ދުނިޔޭގައިދިރިއުޅެނީ އޭތި ބަނޑުބޮޑުވާންދެން ކަމުގައިވެއެވެ. ބަނޑުބޮޑުވެ ފަލަވީމާ ދެން މަރުވަނީއެވެ. قُرْآنގައިމިސާލު ޖައްސަވާފައިމިވާ މީހުން އެބަހީ مُنَافِقُ ންވެސް ދުނިޔޭގައިތިބެ ދެއްކުމަށް ކަންތައްތައްކޮށް އެގޮތުން ފުރުނީމާ ﷲ تعالى އެމީހުން ހިއްޕަވައެވެ. މިއެވެ. (تفسير طبري)
-
2:27
ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَـٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۚ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ
ʹAllaẓeena yañq̣uḍoona ʻAhdal laahi mim baʻdi mees̤aaq̣ihee, wa-yaq̣ṭaʻoona maaa ʹamaral laahu biheee ʹañy yooṣala wa-yufsidoona fil ʹarḍ: ʹulaaaʹika humul khaasiroon.
އެމީހުންނަކީ ﷲ ގެ عَهْدُ ގަދަކޮށް ކަށަވަރުކޮށް އެއްބަސްވުމަށްފަހު އުވައިލާމީހުންނެވެ. (އެ عَهْدُ އަކީ ކިޔަމަންތެރިކަމާއި تَبَعَ ވުން لازم ކޮށް ހިފެހެއްޓުމެވެ.) އަދި އެކަމެއް ގުޅުވާދެމެހެއްޓުމަށް ﷲ تعالى އަމުރުކުރައްވާފައިވާ ކަންތައް އުވާލާމީހުންނެވެ. (ގުޅުވާދަމަހެއްޓުމަށް އަމުރުކުރެއްވިކަމަކީ ގާތްތިމާގެކަމާއި رَحم އެވެ.) އަދި އެމީހުން ބިންގަނޑު فاسد ކޮށް ހަދަނީއެވެ. (އެއީ ﷲ އަށް ކާފަރުވެ އެކަލާނގެއަށް އުރެދި ރަސޫލުންދޮގުކޮށް އިންކާރުކޮށްހެދުމެވެ.) ކަނޑައެޅިގެން އެފަދަމީހުން އެއީ ގެއްލިހަލާކުވެގެންވާ މީހުންނެވެ.
-
2:28
كَيْفَ تَكْفُرُونَ بِٱللَّهِ وَكُنتُمْ أَمْوَٰتًا فَأَحْيَـٰكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ
Kayfa takfuroona billaahi wa-kuñtum ʹamwaatañ faʹaḥyaakum; s̤umma yumeetukum s̤umma yuḥyeekum s̤umma ʹilayhi turjaʻoon.
ﷲ އަށް ކަލޭމެން ކާފަރުވުން ޙައްޤުވާނީ ކޮންފަދައަކުންހެއްޔެވެ. ކަލޭމެންވީ (ފުރަތަމަ) މަރުވެފައިތިބި ބަޔަކުކަމުގައެވެ. ދެން އެކަލާނގެ ކަލޭމެން ދިރުއްވިއެވެ. ދެން އެކަލާނގެ ކަލޭމެން މަރުއްވައެވެ. ދެން އެކަލާނގެ (އަލުން قِيَامَة ދުވަހަށް) ކަލޭމެން ދިރުއްވާނެއެވެ. ދެން ކަލޭމެން رُجُوعَ ކުރައްވާނީވެސް ހަމައެކަލާނގެ حضرة އަށެވެ.
-
2:29
هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَـٰوَٰتٍ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌ
Huwal laẓee khalaq̣a lakum maa fil ʹarḍi jameeʻaa; s̤ummas tawaaa ʹilas Samaaaʹi fasaw-waahunna sabʻa samaawaat; wa-Huwa bikulli shayʹin ʻaleem.
ކަލޭމެންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވީވެސް ހަމައެކަލާނގެއެވެ. ދެން އުޑަށް އެކަލާނގެ اِسْتِوَاى ވެވޮޑިގެންނެވިއެވެ. (މަތިވެރިވެވޮޑިގެންނެވިއެވެ.) ދެން އެއުޑުތައް ހަތްއުޑުކަމުގައި ހައްދަވާ އެކަލާނގެ ހަމަޖެއްސެވިއެވެ. އަދި ހުރިހާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ.
-
2:30
وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى جَاعِلٌ فِى ٱلْأَرْضِ خَلِيفَةً ۖ قَالُوٓا۟ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ
Wa-ʹiẓ q̣aala Rabbuka lil-Malaaaʹikati ʹInnee jaaʻiluñ fil ʹarḍi Khaleefah˹. Q̣aalooo ʹatajʻalu feehaa mañy yufsidu feehaa wa-yasfikud dimaaaʹ? wa-naḥnu nusabbiḥu bi-Ḥamdika wa-nuq̣addisu lak. Q̣aala ˹ʹInneee ʹaʻlamu maa laa- taʻlamoon.˺
(އޭ رَسُوْلُ ﷲ އެވެ!) އަދި مَلاَئِكَة ބޭކަލުންނަށް ކަލޭގެފާނުންގެ رَبّ وَحِي ކުރެއްވިހިނދު ހަނދުމަފުޅުކުރައްވާށެވެ. އެކަލާނގެ وَحِي ކުރެއްވިއެވެ. ތިމަންރަސްކަލާނގެއީ ބިމުގައި خَلِيْفَة އަކު ލައްވާނޭ ކަލަކީމެވެ. އެބޭކަލުން ދެންނެވިއެވެ. އެބިމުގައި އެތަން فاسد ކޮށް އެތާގައި ލެއި އޮހޮރުވާނޭމީހަކު އިބަރަސްކަލާނގެ އެތަނަށް ލައްވަނީތޯއެވެ؟ އަދި އަޅަމެން އިބަރަސްކަލާނގެއަށް تسبيح ދަންނަވައި حَمْدُ تعريف ކޮށް އަދި އެންމެހައި عَيْبُ އާއި އުނިކަމަކުން طاهر ކޮށް އިބަރަސްކަލާނގެ تقديس ކުރަމުއެވެ. އެކަލާނގެ وَحِي ކުރެއްވިއެވެ. ތިޔަބޭކަލުންނަށް ނޭނގޭތަކެތި ތިމަންރަސްކަލާނގެ ދެނެވޮޑިގަތުންބޮޑެވެ.
-
2:31
وَعَلَّمَ ءَادَمَ ٱلْأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلَـٰٓئِكَةِ فَقَالَ أَنۢبِـُٔونِى بِأَسْمَآءِ هَـٰٓؤُلَآءِ إِن كُنتُمْ صَـٰدِقِينَ
Wa-ʻallama ʹAadamal ʹasmaaaʹa kullahaa s̤umma ʻaraḍahum ʻalal malaaaʹikati faq̣aala ʹambiʹoonee biʹasmaaaʹi haaaʹulaaaʹi ʹiñ kuñtum ṣaadiq̣een.
އަދި آدم (عليه السّلام) އަށް އެންމެހައިތަކެތީގެ ނަންތައް އެކަލާނގެ އުގަންނަވައިދެއްވައިފިއެވެ. ދެން އެނަންތައް (ކިޔައިދެއްވާ بَيَان ކޮށްދެއްވުމަށް) مَلاَئِكَة ބޭކަލުންނަށް އެކަލާނގެ ހުށަހަޅުއްވައިފިއެވެ. އަދި وَحِي ކުރެއްވިއެވެ. ތިޔަބޭކަލުން ތެދުވެރިންގެތެރެއިން ވަންޏާ އެތަކެތީގެ ނަންތައް ތިޔަބޭކަލުން ތިމަންރަސްކަލާނގެއަށް ކިޔައިދޭށެވެ! އެތަކެތީގެ خَبر ދީބަލާށެވެ!
-
2:32
قَالُوا۟ سُبْحَـٰنَكَ لَا عِلْمَ لَنَآ إِلَّا مَا عَلَّمْتَنَآ ۖ إِنَّكَ أَنتَ ٱلْعَلِيمُ ٱلْحَكِيمُ
Q̣aaloo ˹Subḥaanaka laa ʻilma lanaaa ʹillaa maa- ʻallamtanaa: ʹInnaka ʹañtal ʻAleemul Ḥakeem.˺
އެބޭކަލުން ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސް طَاهِر ވަންތައެވެ. އިބަރަސްކަލާނގެ އަޅަމެނަށް އުނގަންނަވައިދެއްވިއެއްޗެއްމެނުވީ އަޅަމެންނަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ދެނެވޮޑިގެންވާ حكمة ވަންތަކަލާނގެއެވެ.
-
2:33
قَالَ يَـٰٓـَٔادَمُ أَنۢبِئْهُم بِأَسْمَآئِهِمْ ۖ فَلَمَّآ أَنۢبَأَهُم بِأَسْمَآئِهِمْ قَالَ أَلَمْ أَقُل لَّكُمْ إِنِّىٓ أَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنتُمْ تَكْتُمُونَ
Q̣aala ˹YaaaʹAadamu ʹambiʹhum̃ biʹasmaaaʹihim.˺ Falammaaa ʹambaʹahum̃ biʹasmaaaʹihim q̣aala ʹalam ʹaq̣ul lakum ʹInneee ʹaʻlamu g̣aybas samaawaati wal-ʹarḍi wa-ʹaʻlamu maa tubdoona wa-maa kuñtum taktumoon.
އެކަލާނގެ وَحِي ކުރެއްވިއެވެ. އޭ آدم އެވެ. ކަލޭގެފާނު އެބޭކަލުންނަށް އެތަކެތީގެ ނަންތަކުގެ خَبَر ދެއްވާށެވެ! (ދެން އެކަލޭގެފާނު އެބޭކަލުންނަށް އެތަކެތީގެ خبر ދެއްވައިފިއެވެ.) ފަހެ އެކަލޭގެފާނު އެބޭކަލުންނަށް އެތަކެތީގެ خبر ދެއްވިހިނދު އެކަލާނގެ وَحِي ކުރެއްވިއެވެ. އުޑުތަކާއި ބިމުގެ غَيْبُ ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަމުގައި ތިޔަބޭކަލުންނަށް ތިމަންރަސްކަލާނގެ وَحِي ނުކުރައްވަންހެއްޔެވެ؟ (އެބަހީ އެކަން وَحِي ކުރެއްވީމެވެ.) އަދި ކަލޭމެން ފާޅުކުރާތަކެއްޗާއި އަދި ކަލޭމެން ވަންހަނާކުރާކަމުގައި ވީތަކެތިވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑުވެގެންވެއެވެ.
-
2:34
وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَـٰفِرِينَ
Wa-ʹiẓ q̣ulnaa lilmalaaaʹikatis judoo liʹAadama fasajadooo ʹillaaa ʹIblees: ʹabaa wastakbara wa-kaana minal Kaafireen.
އަދި ތިމަންރަސްކަލާނގެ آدم (عليه السّلام) އަށް ތިޔަބޭކަލުން سَجِدَة ކުރައްވާށޭ. مَلاَئِكَة ބޭކަލުންނަށް وَحِي ކުރެއްވިހިނދު ފަހެ إبْلِيس މެނުވީ އެހެން ހުރިހާ ބޭކަލުން سَجِدَة ކުރެއްވިއެވެ. އަދި އެ إبْلِيس އެކަމުން މަނާވެ ބޮޑާވެގެންފިއެވެ. އަދި އޭނާވީ ކާފަރުންގެތެރެއިންނެވެ. (އުރެދުނުމީހުންގެ ތެރެއިންނެވެ.)\n• ދަންނައެވެ! إبْلِيس އަކީ ހުރިހާ ހެޔޮކަމަކުން ހުސްވެ ހެޔޮކަމުން ނާއުއްމީދުވެގެންވާ މީހާއެވެ. އެސޮރުގެ أصل ނަމެއްކަމުގައިވަނީ الحَارث އެވެ. إبْلِيس ގެނަމުން ނަންދެވުނުކަމުގައިވަނީ އޭނާ ﷲ އަށް އުރެދުނުހިނދުންނެވެ. إبْلِيس ހެއްދެވިފައިވަނީ އަލިފާނުންނެވެ.
-
2:35
وَقُلْنَا يَـٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ
Wa-q̣ulnaa yaaaʹAadamus kun ʹañta wa-zawjukal jannata wa-kulaa Minhaa rag̣adan ḥays̤u shiʹtumaa; wa-laa taq̣rabaa haaẓihish shajarata fatakoonaa minaz̤̣ z̤̣aalimeen.
އަދި ތިމަންރަސްކަލާނގެ آدم (عليه السّلام) އަށް وَحِي ކުރެއްވީމެވެ. އޭ آدم އެވެ! ކަލޭގެފާނާއި ކަލޭގެފާނުންގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވާށެވެ! ދިރިއުޅޭށެވެ! އަދި ތަނަވަސްކަމާއިއެކު ތިޔަދެކަނބަލުން އެދޭފަދައަކުން އެތަނުން ކައިހަދާށެވެ! އަދި މިގަހާއި ގާތްނުވާށެވެ! އެހެންވެއްޖެއްޔާ (އެބަހީ، އެގަހުން ބޭނުންކޮށްފިއްޔާ) ތިޔަދެކަނބަލުން އަނިޔާވެރިންގެތެރެއިން ވެދާނެއެވެ.
-
2:36
فَأَزَلَّهُمَا ٱلشَّيْطَـٰنُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَـٰعٌ إِلَىٰ حِينٍ
Faʹazallahumash Shaytaanu ʻanhaa faʹakhrajahumaa mimmaa kaanaa feeh. Wa-q̣ulnah biṭoo baʻḍukum libaʻḍin ʻaduww. Wa-lakum fil ʹarḍi mustaq̣arruñw wa-mataaʻun ʹilaa ḥeen.
ދެންފަހެ شَيْطَان އާ އެދެކަނބަލުން ކުށުގެތެރެއަށް ވައްޓައިލައިފިއެވެ. (އެއީ ވަސްވާސްދީ ހުވައިކޮށް އޮޅުވާލައިގެންނެވެ.) ފަހެ އެދެކަނބަލުން އެ نعمة އެއްގައިވީ نعمة ން އެސޮރު އެދެކަނބަލުން ނެރެފިއެވެ. ސުވަރުގެއިން ނެރެފިއެވެ. އަތި ތިމަންރަސްކަލާނގެ އެންގެވީމެވެ. ކަލޭމެން (އެދެކަނބަލުންނާއި شَيْطَان) އާއި އެއްބަޔަކު އަނެއްބަޔަކަށް عَدُوّ ން ކަމުގައިވާ حَالُ ފައިބާށެވެ! (ސުވަރުގެއިން ބިމަށްފައިބާށެވެ!) އަދި ކަލޭމެނަށްޓަކައި ހަމަޖެހި قرار ވެވޭނެތަންވަނީ ބިމުގައެވެ. އަދި ވަކި ކަނޑައެޅިގެންވާ ވަގުތަކާއި ހަމަޔަށް (މަރުވާންދެން ނުވަތަ قيامة ވާންދެން) އެބިމުގެ ތަކެތީން ބޭނުންކޮށްހެދުން ކަލޭމެނަށްވެއެވެ.
-
2:37
فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَـٰتٍ فَتَابَ عَلَيْهِ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ
Fatalaq̣q̣aaa ʹAadamu mir Rabbihee Kalimaatiñ fataaba ʻalayh: ʹinnahoo Huwat Tawwaabur Raḥeem.
ފަހެ آدم (عليه السّلام) އެކަލޭގެފާނުންގެ رَبّ ގެ حضرة ން كَلِمَة ތަކެއް ލިބިވަޑައިގެންފިއެވެ. އަދި އެކަލާނގެ އެކަލޭގެފާނަށް تَوبَة ލައްވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން تَوبَة قبول ކުރައްވާ رَحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ! آدم (عليه السّلام) އެކަލޭގެފާނުންގެ رَبّ ގެ حضرة ން ލިބިވަޑައިގެންނެވި كَلِمَة ތަކަކީ (رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُوْنَنَّ مِنَ الْخَاسِرِيْنَ) މިއީކަމުގައި ބުނެވުނެވެ. އެ كَلِمَة ތައް ވިދާޅުވުމަށް އެދެކަނބަލުންނަށް ﷲ އެންގެވިކަމުގައިވެއެވެ. ދެން އެދެކަނބަލުން އެ كَلِمَة ތައް ވިދާޅުވުމުން އެކަލާނގެ އެދެކަނބަލުންނަށް تَوْبَة ލައްވައި تَوْبَة قبول ކުރެއްވިކަމުގައިވެއެވެ. والله أعلم.
-
2:38
قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
Q̣ulnah biṭoo minhaa jameeʻaa; faʹimmaa yaʹtiyannakum minnee Hudañ famañ tabiʻa Hudaaya falaa khawfun ʻalayhim wa-laa hum yaḥzanoon.
ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭމެން އެންމެން އެތަނުން ފައިބާށެވެ. (ސުވަރުގެއިން ބިމަށް ފައިބާށެވެ.) އަދި ތިމަންރަސްކަލާނގެ حضرة ން ކަލޭމެންނަށް ކަނޑައެޅިގެން ތެދުމަގު އަންނަ ހުއްޓެވެ. (އެއީ ބާވައިލައްވާފޮތާއި ފޮނުއްވާ نَبي ންނާއި رَسُول ންގެ ذَرِيْعَة އިންނެވެ.) ފަހެ ތިމަންރަސްކަލާނގެ ތެދުމަގާއި تَبَعَ ވެއްޖެބަޔަކު (ދަންނައެވެ!) އެމީހުންގެ މައްޗަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
-
2:39
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ
Wallaẓeena Kafaroo wa-kaẓẓaboo biʹAayaatinaaa ʹulaaaʹika ʹAṣḥaabun Naar; hum feehaa Khaalidoon.
އަދި ކާފަރުވީމީސްތަކުން އަދި އެމީހުން ތިމަންރަސްކަލާނގެ آية ތައް ދޮގުކުރި މީސްތަކުންނީ އެއީ ކަނޑައެޅިގެން ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭހުށީ ހަމަ އެތާގައެވެ.
-
2:40
يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَوْفُوا۟ بِعَهْدِىٓ أُوفِ بِعَهْدِكُمْ وَإِيَّـٰىَ فَٱرْهَبُونِ
Yaa-Baneee ʹIsraaaʹeelaẓ kuroo niʻmatiyal lateee ʹanʻamtu ʻalaykum wa-ʹawfoo biʻAhdeee ʹoofi biʻAhdikum wa-ʹiyyaaya Farhaboon.
އޭ بَنِي إِسْرَائِيل ންނޭވެ! ކަލޭމެންނަށް ތިމަންރަސްކަލާނގެ ލެއްވި نِعْمَة ކަލޭމެން ހަނދާންކުރާށެވެ! އަދި ކަލޭމެން ތިމަންރަސްކަލާނގެ عَهْد ފުއްދާށެވެ! ތިމަންރަސްކަލާނގެ ކަލޭމެންގެ عهد ފުއްދަވާހުށީމެވެ. އަދި ހަމަ ކަނޑައެޅިގެން ތިމަންރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާށެވެ!\rދަންނައެވެ! بَنِي إِسْرَائِيل އަކީ يَعْقُوبُ عليه السّلام ގެ ދަރިންނެވެ. إِسْرَائِيل އަކީ يَعْقُوبُ عليه السّلام ގެ ނަންފުޅެވެ. އެއީ عبدﷲ ކިޔާ މާނައިގައެވެ. إسْرَا މިއީ عَبْد ގެމާނައެވެ. إِيْل އެއީ ﷲ އެވެ. عِبْرَانِى ބަހުންނެވެ. قُرآن ގައި بَنِي إِسْرَائِيل ންނާއި مُخَاطَب ކުރައްވާފައިވާ مراد އެއްކަމުގައި مُفَسّرން ވިދާޅުވަނީ އެއީ رَسُول ﷲ ﷺ نبي ކަމާއި رَسُول ކަމާއިގެން ފޮނުއްވިއިރު ތިބި يَهُودي ންގެ ވާހަކައެވެ. خَاصّ ވެ އޭރުތިބި يَهُودي ންގެ علم ވެރިންނެވެ. حَبْرُ ންނެވެ. އެހެނީ އޭރު يَعْقُوبُ عليه السّلام ގެ އުފަންދަރިންނާއި ކާފަދަރިންވެސް ދުނިޔޭގައި ނެތްތާ އެތައް ދުވަހެކެވެ. قُرآن ގައި بَنِي إِسْرَائِيل ންނާބެހޭ ގިނަ ވާހަކަތައް އެވަނީ އޭރުތިބި يَهُودي ންނަށްވާ عِبْرَة އާއި ހަނދާނެކެވެ. އެމީހުންގެ ކާބަފައިންނާއި އެކާބަފައިންގެގާތަށް ވަޑައިގެންނެވި نبي ބޭކަލުންނާ رَسُول ބޭކަލުންނާމެދު ކަންތައް ވަމުންދިޔަގޮތުގެ ހަނދާނަކަށެވެ. والله أعلم. بَنِي إِسْرَائِيل ންނަށް ﷲ ދެއްވި نعمة އަކީ ވަރަށްގިނަ نعمة އެވެ. އޭގެތެރޭގައި އެމީހުންގެތެރެއިން ގިނަ رَسُولން ވަޑައިގަތުމާއި ފޮތްތައް ބާވައިލެއްވުމާއި فرعون ގެފަރާތުން އެމީހުންނަށް ލިބެމުންއައި ގިނަ عَذَاب އާއި އުނދަގޫތަކުން އެމީހުން ސަލާމަތްކުރެއްވުމާއި، ހިލަގަނޑު ފަޅުއްވާ އެމީހުންނަށް ފެންދެއްވުމާއި مَنُّ އާއި سَلْوَى ކާންދެއްވުމާއި އަދިވެސް އެތައް ގިނަ نعمة އެކެވެ. ބަނީ އިސްރާއީލުންނާއި، ﷲ އާއިމެދު (އަދި އެންމެހައި خَلْقُ ތަކުންނާމެދުވެސް) ވާ عَهْد އަކީ އެމީހުން ﷲ އަށް އަޅުކަންކޮށް އެކަލާނގެ دين އާއި تبع ވުމެވެ. އަދި މީސްތަކުންނަށް ﷲ ކުރައްވާފައިވާ عهد އަކީ އެފަދައިން ކަންތައްކުރާ ބަޔަކަށް ސުވަރުގެދެއްވުމެވެ.
-
2:41
وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ ۖ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًا قَلِيلًا وَإِيَّـٰىَ فَٱتَّقُونِ
Wa-ʹaaminoo Bimaaa ʹañzaltu muṣaddiq̣al limaa maʻakum wa-laa takoonooo ʹawwala Kaafirim̃ bih. Wa-laa tashtaroo biʹAayaatee s̤amanañ q̣aleelaa; wa-ʹiyyaaya Fattaq̣oon.
(އޭ بني إسرائيل ންނޭވެ!) ތިމަންރަސްކަލާނގެ (قرآن ގައި) ބާވައިލައްވާ ތަކެއްޗަށް ކަލޭމެން އީމާންވާށެވެ! ތެދުކުރާށެވެ! އެތަކެތި ވަނީ ކަލޭމެން އަތުގައިވާ އެއްޗެއް އެބަހީ (ބާވައިލެއްވި تَوراة) ތެދުކުރާ حال ގައެވެ. އަދި އެއަށް އެބަހީ ކީރިތި قرآن އަށް އެންމެފުރަތަމަ ކާފަރުވާމީހުން ކަމުގައި ކަލޭމެން ނުވާށެވެ! އަދި ތިމަންރަސްކަލާނގެ އާޔަތްތައް ކުޑައަގަކަށް ނުވިއްކާށެވެ! (ދުނިޔޭގެ ދެރަ ދަށް އެދުމަށްޓަކައި އެ އާޔަތްތައް ބަދަލުކޮށް ނުހަދާށެވެ.) އަދި ކަނޑައެޅިގެން ކަލޭމެން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ!
-
2:42
وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ
Wa-laa Talbisul Ḥaq̣q̣a bilbaaṭili wa-taktumul Ḥaq̣q̣a wa-ʹañtum taʻlamoon.
އަދި ކަލޭމެން حقّ بَاطِل އާއި އޮޅުވާ މައްސުނިކޮށް ނުހަދާށެވެ! އަދި ކަލޭމެން ރަނގަޅަށް ދެނެތިބި حال حقّ ވަންހަނާކޮށް ނުހަދާށެވެ!
-
2:43
وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱرْكَعُوا۟ مَعَ ٱلرَّٰكِعِينَ
Wa-ʹaq̣eemuṣ Ṣalaata wa-ʹaatuz Zakaata Warkaʻoo maʻar raakiʻeen.
އަދި ކަލޭމެން ނަމާދު قائم ކޮށް زكاة ދީހަދާށެވެ! އަދި ركوع ކުރާމީހުންނާއިއެކު ކަލޭމެންވެސް رُكُوع ކުރާށެވެ! (އެބަހީ محمّد ގެފާނުންނާއި އެކަލޭގެފާނުންގެ أصحاب ންނާއިއެކު ކަލޭމެން ނަމާދުކުރާށެވެ! އަދި މިއާޔަތުގައި رُكُوع ގެ ވާހަކަ خَاصّ ގޮތެއްގައި ذِكُر ކުރެވިފައިވަނީ يهودي ން އެމީހުންގެ ނަމާދުގައި رُكوع ނުކުރާތީއެވެ. އެހެންވެ އެމީހުންވެސް إسلام ވެގެން مسلم ން ނަމާދުކުރާގޮތަށް ނަމާދުކުރުމަށް އެންގެވުމެވެ.)
-
2:44
۞ أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ ٱلْكِتَـٰبَ ۚ أَفَلَا تَعْقِلُونَ
ʹAtaʹmuroonan naasa bilbirri wa-tañsawna ʹañfusakum wa-ʹañtum tatloonal Kitaab? ʹAfalaa taʻq̣iloon?
ހެޔޮކަންތައްކުރުމަށް ކަލޭމެން މީސްތަކުންނަށް أمر ކޮށްފާ ކަލޭމެން ކަލޭމެންގެ އަމިއްލަ نفس ތަކުގެމަތީން ހަނދާން ނައްތައިލަނީހެއްޔެވެ؟ ކަލޭމެން ފޮތްކިޔާ حال އެބަހީ ﷲ ބާވައިލެއްވި ފޮތްކިޔާ حال އެފަދަ ކަންތައް ކަލޭމެން ކުރާއިރު އެއްވެސް فِكر އެއް ވިސްނުމެއްނެތީހެއްޔެވެ؟
-
2:45
وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَـٰشِعِينَ
Wastaʻeenoo biṣ-Ṣabri waṣ-Ṣalaah: wa-ʹinnahaa lakabeeratun ʹillaa ʻalal Khaashiʻeen,
އަދި ކަލޭމެން (ކިޔަމަންތެރިކަމަށާއި عَهْدُ ފުއްދުމަށް) ކެތްތެރިކަމާއި ނަމާދުން އެހީއާއި ބާރު ލިބުމަށް އެދޭށެވެ! ﷲ އަށް ބިރުވެތިވާ ބަޔަކަށްމެނުވީ ނަމާދަކީ އެއީ ބޮޑުކަމެކެވެ. އުނދަގޫ ކަމެކެވެ.
-
2:46
ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَـٰقُوا۟ رَبِّهِمْ وَأَنَّهُمْ إِلَيْهِ رَٰجِعُونَ
ʹAllaẓeena Yaz̤̣unnoona ʹannahum mulaaq̣oo Rabbihim wa-ʹannahum ʹilayhi raajiʻoon.
އެމީހުންނަކީ އެމީހުންގެ رَبّ އާއި ބައްދަލުވާނެކަމާއިމެދު يَقين ކުރާމީހުންނެވެ. އަދި ހަމަކަށަވަރުން ތިމާމެން އެނބުރި رُجوع ވާނީ ހަމައެކަލާނގެ حضرة އަށް ކަމުގައި يقين ކުރާމީހުންނެވެ.
-
2:47
يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَـٰلَمِينَ
Yaa-Baneee ʹIsraaaʹeelaẓ kuroo niʻmatiyal lateee ʹanʻamtu ʻalaykum wa-ʹannee faḍḍaltukum ʻalal ʻaalameen.
އޭ بني إسرائيل އެވެ! ކަލޭމެންނަށް ތިމަންރަސްކަލާނގެ ދެއްވި ތިމަންރަސްކަލާނގެ نِعمة ކަލޭމެން ނިކަން ހަނދާންކުރާށެވެ! އަދި ހަމަކަށަވަރުން (އޭރުތިބި) އެންމެހައި މީސްތަކުންގެ މައްޗަށް ތިމަންރަސްކަލާނގެ ކަލޭމެން މާތްކުރެއްވީމެވެ.
-
2:48
وَٱتَّقُوا۟ يَوْمًا لَّا تَجْزِى نَفْسٌ عَن نَّفْسٍ شَيْـًٔا وَلَا يُقْبَلُ مِنْهَا شَفَـٰعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنصَرُونَ
Wattaq̣oo Yawmal laa tajzee nafsun ʻan nafsiñ shayʹañw wa-laa yuq̣balu minhaa shafaaʻatuñw wa-laa yuʹkhaẓu minhaa ʻadluñw wa-laa hum yuñṣaroon.
އަދި އެއްވެސް نفس އެއް އަނެއް نفس އަކަށް ކަމެއް ފުއްދައިނުދެވޭ ދުވަހަކަށް ކަލޭމެން ބިރުވެތިވާށެވެ! (އެއީ قيامة ދުވަހެވެ.) އަދި (ފާފަވެރިވެ ކުށްވެރިވެއްޖެ) އެއްވެސް نفس އަކަށް شَفَاعة އެއް قبول ނުވެވޭނެ އަދި އޭނާ އެ نفس ގެ ކުށުގެ فِدْيَة އެއް އެއްވެސް ބަދަލެއް ބަލައިނުގަނެވޭނެ ދުވަހެކެވެ. އަދި نصر ލިބޭނޭބަޔަކު ކަމުގައި އެމީހުން ނުވެއެވެ.
-
2:49
وَإِذْ نَجَّيْنَـٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ يُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌ مِّن رَّبِّكُمْ عَظِيمٌ
Wa-ʹiẓ najjaynaakum min ʹAali Firʻawna yasoomoonakum soooʹal ʻaẓaabi yuẓabbiḥoona ʹabnaaaʹakum wa-yastaḥyoona nisaaaʹakum; wa-fee ẓaalikum̃ balaaaʹum mir Rabbikum ʻaz̤̣eem.
އަދި فِرْعَوْنُ ގެ آلُ ންގެކިބައިން ތިމަންރަސްކަލާނގެ ކަލޭމެން ސަލާމަތްކުރެއްވިހިނދު (ކަލޭމެން ހަނދާންކޮށް ބަލާށެވެ!) އެމީހުން ކަލޭމެނަށް ނުބައިވެގެންވާ عَذَاب ގެ ރަހަދައްކައެވެ. އެމީހުން ކަލޭމެންގެ ފިރިހެންދަރިން މަރައި އަދި އަންހެންދަރިން ނުމަރައި ދިރިތިބުމަށް ދޫކުރިއެވެ. އެކަންކަމުގައި ކަލޭމެންގެ رَبّ ގެ حضرة ން ބޮޑުވެގެންވާ بَلاَء އެއް - ބޮޑު إمتحان އެއް ކަލޭމެނަށް ވެއެވެ.
-
2:50
وَإِذْ فَرَقْنَا بِكُمُ ٱلْبَحْرَ فَأَنجَيْنَـٰكُمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ وَأَنتُمْ تَنظُرُونَ
Wa-ʹiẓ Faraq̣naa bikumul baḥra faʹañjaynaakum wa-ʹag̣raq̣naaa ʹAala Firʻawna wa-ʹañtum tañz̤̣uroon.
އަދި ތިމަންރަސްކަލާނގެ ކަލޭމެނަށްޓަކައި ކަނޑުފަޅައިލެއްވިހިނދު (ހަނދާންކުރާށެވެ!) ދެން فِرْعَون ގެ آل ންގެ ކިބައިން ތިމަންރަސްކަލާނގެ ކަލޭމެން ސަލާމަތްކުރައްވާ އަދި فِرْعَون ގެ آل ން ތިމަންރަސްކަލާނގެ غَرَق ކުރެއްވީމެވެ. (ކަނޑުގެތެރެއަށް ހިންދާލާ މަރާލެއްވީމެވެ.) އެއީ ހަމަ ކަލޭމެން ބަލަބަލާތިބި حال ގައެވެ. • ދަންނައެވެ! أبو جَعْفَر الطَّبَرى އެކަލޭގެފާނުންގެ مشهورتفسير "جامع البيان " ގައި ލިއުއްވާފައިވެއެވެ. فِرْعَون އަކީ مِصْرُ ގައި ވެރިކަންކުރި عَمَالِقَة އެވެ ކިއުނުމީހުންގެ ރަސްރަސްކަލުންގެ ކޮލީނަމެކެވެ. އެއީ رُوم ގެ ރަސްކަލުންނަށް قَيْصَرُ ނުވަތަ هِرَقُل ކީގޮތަށެވެ. އަދި فَارس ކަރައިގެ ރަސްކަލުންނަށް كِسْرى - އަދި يَمَن ގެ ރަސްކަލުންނަށް تُبَّعُ ކީގޮތަށެވެ. ދެންފަހެ موسى عليه السّلام ގެ فِرْعَون ގެ އަސްލުނަމަކީ الوَلِيد بن مُصْعَب بن الرَّيَّان އެވެ. • آل މި كلمة ގެ މާނައަކީ أَهْل އެވެ. މި لفظ ގެ هَاء ألف އަކަށް ބަދަލުވީއެވެ. އެއީ أ أ ل - آل އެވެ. އޭގެ މާނައަކީ އެއްދީނުގެ އެއް قوم ގެ އަދި އެއް ޕާޓީގެމީހުންނެވެ. فِرْعَون ގެ آل ން بَنِي إِسْرَائيل ގެ ފިރިހެންކުދިން މެރީ فِرْعَون ގެ ވެރިކަން ހަލާކުވެގެންދާނީ بَنِي إِسْرَائيل ންގެތެރެއިން އުފެދޭ ފިރިހެންކުއްޖެއްގެ އަތްމައްޗަށްކަމުގައި كَهِين ންގެ މީހަކު فِرْعَون އަށް ދެންނެވުމުންނެވެ. އެކުއްޖާ މަރަންވެގެންނެވެ. އެކަންއޮތީ ފޫޅުމައިންގެ އަތްމަތީގައި ސިއްރުވެފައެވެ. މީގެ تفصيل ތައް އަދި އެހެން فرصة އެއްގައި بيان ކުރުމުގެ قصد ގައި މިވަރުން ކުރުކުރަމެވެ.
-
2:51
وَإِذْ وَٰعَدْنَا مُوسَىٰٓ أَرْبَعِينَ لَيْلَةً ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَـٰلِمُونَ
Wa-ʹiz waaʻadnaa Moosaaa ʹarbaʻeena laylatañ s̤ummat takhaẓtumul ʻijla mim baʻdihee wa-añtum z̤̣aalimoon.
އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް ސާޅީސްރޭގެ مِيْعَاد އެއް ކުރެއްވިހިނދު (އެބަހީ އެކަލޭގެފާނު ﷲ އަށް مُنَاجه ދަންނަވައި އެކަލާނގެ އެކަލޭގެފާނަށް ބަސްފުޅު وحي ކުރެއްވުމަށް ސާޅީސްރޭގެ މުއްދަތަށް طُور ފަރުބަދައަށް ވަޑައިގަތުމުގެ وعد ކުރައްވައި) ދެން އެކަލޭގެފާނު އެތަނަށް ވަޑައިގަތުމުން ދެން ކަލޭމެން ޅަގެރިއެއް إله އަކު ކަމުގައި ހަދައި إختيار ކުރީމުއެވެ. އެއީ ކަލޭމެން އަނިޔާވެރިވާ حال ގައެވެ. شِرك ކުރާ حال ގައެވެ.
-
2:52
ثُمَّ عَفَوْنَا عَنكُم مِّنۢ بَعْدِ ذَٰلِكَ لَعَلَّكُمْ تَشْكُرُونَ
S̤umma ʻafawnaa ʻañkum mim baʻdi ẓaalika laʻallakum tashkuroon.
ދެން އޭގެފަހުގައިވެސް އެބަހީ އެބޮޑުކުށަށްފަހުގައިވެސް ތިމަންރަސްކަލާނގެ ކަލޭމެނަށް عَفُوء ކުރެއްވީމެވެ. عَذَاب ދެއްވުން ދޫކޮށްލެއްވީމެވެ. އެއީވެސް ކަލޭމެން شكر ކުރުމަށްޓަކައެވެ.
-
2:53
وَإِذْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَٱلْفُرْقَانَ لَعَلَّكُمْ تَهْتَدُونَ
Wa-ʹiẓ ʹaataynaa Moosal Kitaaba wal-Furq̣uaana laʻallakum Tahtadoon.
އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް ފޮތާއި فُرْقَان ދެއްވީމެވެ. (އެބަހީ تَوْرَاة އާއި حقّ އާއި بَاطِل ވަކިކުރާނެގޮތުގެ تفصيل ދެއްވީމެވެ.) އެއީ ކަލޭމެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.
-
2:54
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُم بِٱتِّخَاذِكُمُ ٱلْعِجْلَ فَتُوبُوٓا۟ إِلَىٰ بَارِئِكُمْ فَٱقْتُلُوٓا۟ أَنفُسَكُمْ ذَٰلِكُمْ خَيْرٌ لَّكُمْ عِندَ بَارِئِكُمْ فَتَابَ عَلَيْكُمْ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ
Wa-ʹiẓ q̣aala Moosaa li-Q̣awmihee yaa-q̣awmi ʹinnakum z̤̣alamtum ʹanfusakum̃ bitti-khaa-ẓikumul ʻijla fatoobooo ʹilaa Baariʹikum faq̣tulooo ʹañfusakum; ẓaalikum khayrul lakum ʻiñda Baariʹikum. Fataaba ʻalaykum: ʹinnahoo Huwat Tawwaabur Raḥeem.
އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު (ހަނދާންކުރާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ.) އޭ އަހުރެންގެ قوم ގެ މީހުންނެވެ! ކަލޭމެން ޅަގެރި إله އެއްކަމުގައި ހަދައިގަތުމުގެ ސަބަބުން ކަލޭމެން ކަލޭމެންގެ نفس ތަކަށް އަނިޔާވެރިވެއްޖައީމުއެވެ. ފަހެ ކަލޭމެން ކަލޭމެން ހެއްދެވި ކަލާނގެ حضرة އަށް رجوع ވެ تَوبَة ވާށެވެ! ފަހެ ކަލޭމެންގެ نفس ތައް ކަލޭމެން މަރާށެވެ! ކަލޭމެން ހެއްދެވި ކަލާނގެ حضرة ގައި ކަލޭމެނަށް އެގޮތް ހެޔޮވެގެންވެއެވެ. ދެން ފަހެ އެކަލާނގެ ކަލޭމެންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން توبَة ލައްވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ! މިއާޔަތްތަކުގައި بَيَان ވެގެން އެވަނީ موسى (عليه السّلام) ﷲ ގެ ميعاد އަށް طور ފަރުބަދައަށް ވަޑައިގަތުމުން سَامِرِى ކިޔާމީހަކު بَنِي إسْرَائيل ންގެތެރޭގައި ޅަގެރިއެއް ހަދައި އެއަށް އެތައްބަޔަކު އަޅުކަންކުރުމުގެ ސަބަބުން ﷲ އެމީހުންގެމައްޗަށް ކޯފާލައްވައި އެމީހުންގެ އެކަމުގެ توبَة ގެ ވާހަކައެވެ. އެކަމުގެ توبَة އެއްކަމުގައި މިވަނީ އެއް ރިވާޔަތެއްގައިވާގޮތުން ގެރިޔަށް އަޅުކަންކުރިމީހުން ނުކުމެ، ކަނޑިޔާ ވަޅިޔާ އެބާވަތުގެ ތަކެތީން އެމީހުން އެމީހުންނަށް ކަތިލާ މެރުމެވެ. އަނެއް ރިވާޔަތެއްގައިވާގޮތުން ގެރިޔަށް އަޅުކަންކުރިމީހުންނާ ގެރިޔަށް އަޅުކަން ނުކުރާމީހުންނާއި ދެމެދު قتل عَامُّ އެއް ހިންގައިލީއެވެ. އެއީ ﷲ ގެ أمر ފުޅެވެ. އެކަމުގައި بَنِي إسْرَائيل ގެ ހަތްދިހަހާސްމީހުން މަރުވެދިޔަކަމުގައި ގިނަރިވާޔަތް އައިސްފައިވެއެވެ. އެޔަށްފަހު އެމީހުންގެމައްޗަށް ﷲ توبة ލައްވައި އެކަން ނިމުނީއެވެ. މިވާހަކަތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިވާހަކަތަކުގެ تفصيل ތަކާއި އިތުރު معلومات އެހެން فرصة އެއްގައި بَيَان ކުރަން قصد ކުރާތީ މިހާވަރަށް މިވަގުތު ނިންމައިލީއެވެ......... ދެން މިއަންނަ حادثة އަދި އެއަށްވުރެ عجائب ކަންބޮޑެވެ. އެއީ 55 56 ވަނަ އާޔަތުގެ حادثة އެވެ.
-
2:55
وَإِذْ قُلْتُمْ يَـٰمُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهْرَةً فَأَخَذَتْكُمُ ٱلصَّـٰعِقَةُ وَأَنتُمْ تَنظُرُونَ
Wa-ʹIẓ q̣ultum yaa-Moosaa lan nuʹmina laka ḥattaa naral laaha Jahratañ faʹakhaẓat-kumuṣ ṣaaʻiq̣atu wa-ʹañtum tañz̤̣uroon.
(އޭ بَني إسرائيل އެވެ!) ކަލޭމެން موسى (عليه السّلام) އަށް ދެންނެވިހިނދު (ހަނދާންކުރާށެވެ!) އޭ موسى އެވެ. ހަމަފާޅުގައި (އެއްވެސް ހުރަހެއްނެތި) ﷲ އަހުރެމެންނަށް ފެނިއްޖައުމަށްދާންދެން އަހުރެމެން ކަލޭގެފާނަށް އީމާންނުވާނަމެވެ. ދެންފަހެ ގަދައަޑުފަށާއިއެކުގައި އަލިފާންގަނޑު ކަލޭމެން ހިފައިގެންފިއެވެ. އެބަހީ އެ އަލިފާނުގެ ސަބަބުން ކަލޭމެން މަރުވީއެވެ. އެއީ ހަމަ ކަލޭމެން ބަލަބަލާ ތިއްބާ ހިނގިކަމެކެވެ.
-
2:56
ثُمَّ بَعَثْنَـٰكُم مِّنۢ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ
S̤umma baʻas̤naakum mim baʻdi Mawtikum laʻallakum tashkuroon.
ދެން ތިމަންރަސްކަލާނގެ ކަލޭމެން މެރުއްވުމަށްފަހު އަލުން ދިރުއްވައި ދުނިޔެއަށް ފޮނުއްވީމެވެ. އެއީވެސް ކަލޭމެން شكر ކުރޭތޯއެވެ. • ދަންނައެވެ! މިދެއާޔަތުގައި إشارة ވެގެންވާ حادثة تفسير ފޮތްތަކުގައި بَيَان ވެގެންވެއެވެ. އޭގެތެރެއިން طَبَرى ގެ تفسير ގައިވާ އެއްރިވާޔަތުގެ خُلاَصَة ވަރަށް ކުރުކޮށް ދަންނަވައިލާނަމެވެ. އެއީ އާޔަތުގެ މާނަ ވިސްނައިގަތުމަށް ފަސޭހަޔަކަށެވެ. بَني إسرائيل ންގެ ބައެއްމީހުން ގެރިޔަށް އަޅުކަންކުރުމަށްފަހު موسى (عليه السّلام) ވަޑައިގެން އެގެރި އަންދައިލާ އަޅިކޮޅު ކަނޑަށް ގިރުވައިލައްވާ سَامِرى އާއި ދިމާއަށް އެވިދާޅުވިއެއްޗެއް ވިދާޅުވުމަށްފަހު އެމީހުންގެމައްޗަށް توبَة ލައްވައިތޯ ﷲ އަށް ދެންނެވުމަށް بني إسرائيل ގެ ހަތްދިހަބޭކަލުންނާއިގެން طُورسِيناء އަށް ވަޑައިގެންނެވިއެވެ. އެއީ طاهر ވެ ރޯދައަށް ތިބެގެންނެވެ. އަދި އެކަން އެއީ ﷲ ގެ إِذْن ފުޅަށެވެ. ދެން ފަހެ موسى (عليه السّلام) އެ ފަރުބަދަޔާ ގާތްވެވަޑައިގަތުމުން މުޅިފަރުބަދަ ނިވައިވާވަރުގެ ވިލާގަނޑެއް އައިސް ފަރުބަދަ ނިވައިކޮށްލިއެވެ. ދެން موسى (عليه السّلام) އެވިލާގަނޑުގެތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި އެބޭކަލުންނަށްވެސް އެކަލޭގެފާނުންގެ ގާތަށް އައުމަށް ވިދާޅުވިއެވެ. އަދި އެންމެ ބޭކަލުން ވިލާނގަޑުގެތެރެއަށް ވަދެ سجد އަށް ތިރިވިއެވެ. އަދި موسى عليه السّلام އަށް ﷲ تعالى ބަސްފުޅު وحي ކުރައްވައެވެ. أمر އާއި نهى ގެ އެންގެވުންތައް އަންގަވައެވެ. އެހަތްދިހަބޭކަލުންނަށްވެސް އެއަޑުފުޅު އިވެއެވެ. ދެން وحي އައިސް ނިމި ވިލާގަނޑުވެސް كَشْفُ ވެ ނިމުމުން އެމީހުން موسى عليه السّلام އަށް ދެންނެވީ ހަމަފާޅުގައި އެއްވެސް ހުރަހެއްނެތި އަހުރެމެންނަށް ﷲ ފެނުނީވިއްޔާމެނުވީ އަހުރެމެން ކަލޭގެފާނަށް އީމާނެއް ނުވާނަމެވެ. ކަލޭގެފާނުންގެ ބަސްފުޅު ތެދުނުކުރާނަމެވެ. ފަހެ މިބައިމީހުންގެ މި ބޭއަދަބީ ބަހާއި ވިދިގެން ގަދައަޑުފަށަކާއިއެކު އައި އަލިފާނަކުން موسى عليه السّلام ފިޔަވައި މިމީހުން މަރުވެގެން ހިނގައްޖެއެވެ. މިކަމާގުޅިގެން موسى عليه السّلام ވަރަށް ހިތާމަފުޅުކުރައްވައި އަސަރުން ފުރިގެންވާ صِيْغَة އަކުން ﷲ އަށް ދަންނަވައި دعاء ފުޅުކުރައްވައިފިއެވެ. * އެވާހަކަތައް أعراف سورة ގެ 155 ވަނަ 156 ވަނަ އާޔަތުގައި بَيَان ވެގެންވެއެވެ. އެތަނުންވެސް ބައްލަވާށެވެ. ދެންފަހެ މިހުރިހާ خبر ތަކާއި ވާހަކަތަކަކީ موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހު އީމާންވެގެންތިބި މީހުންނާއިމެދު ހިނގާދިޔަކަންކަމެވެ. އަދި މީގެއިތުރުންވެސް އެތައްއެތައް ކަމެކެވެ. މިވާހަކަތައް މާފަހުން ބާވައިލެއްވި ކީރިތި قرآن ގައި وحي ކުރައްވައި بَني إسْرَائيل ންނާ مخاطب ކުރެއްވުމުގެ مقصد އަކީ އޭރު ދުނިޔޭގައިތިބި بَني إسْرَائيل ންކަމުގައި ހިމެނޭ يهودي ންނަށް مخاطب ކުރެއްވުމެކެވެ. ތިމާމެންގެ ކާބަފައިންނާ އެމީހުންގާތަށް ވަޑައިގެންނެވި رَسُول ންނާމެދު ކަންތައް ހިނގާދިޔަގޮތް އެންގެވުމަށެވެ. އެއިން عبرة حاصل ކޮށް މިހާރު މިހުންނެވި رسول ﷲ ﷺ އަށް ފުރިހަމައަށް އީމާންވުމަށެވެ. ކާބަފައިންގެތެރެއިން އެފަދަ ނޭއްގާނީ ކަންކަންހިންގި މީހުންނާ ތަބާނުވެ ﷲ އަށާއި رسول އާއަށް ފުރިހަމައަށް ކިޔަމަންވެ ބަސްއެހުމަށެވެ. والله أعلم ހޭއަރުވައިލުމެއް:-\nمُوْسَى عَلَيْه السَّلام ގެ ދެންނެވުން: އަދި ﷲ تعالى ގެ حضرة ން ދެއްވައިފައިވާ އޭގެ ޖަވާބު\nއަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެމީހުންގެތެރެއިން ހަތްދިހަ ފިރިހެނުން ތިމަންރަސްކަލާނގެ مِيْقات އަށް ވަޑައިގަތުމަށް إختيار ކުރެއްވިއެވެ. (މިއީ ޅަގެރިޔަށް އަޅުކަންކުރި މީހުން ކުރިނުބައިކަންތަކަށް توبة ލެއްވުމުގެ އެދުމުގައި ﷲ އަށް ދަންނަވާ أستغفار ކުރުމާއި ކުއްތަންވުމުގެ ގޮތުން އޮތް مِيْقات އެކެވެ. ދެންފަހެ مِيْقات އަށް ދެވުމަށްފަހު އެމީހުންނަށް موسى عليه السّلام އެންގެވީ سجدة އަށް ތިރިވުމަށެވެ. سجدة ކުރުމަށެވެ. އެންމެން سجدة އަށް ތިރިވުމުން ﷲ تعالى موسى عليه السّلام އަށް وحي ބާވައިލައްވައެވެ. ދެންފަހެ وحي ނިމުމުން އެމީހުން ތެދުވެ ދެންނެވީ އަހުރެމެންނަށް ﷲ ދެއްކެވިއްޔާ މެނުވީ އަހުރެމެން އީމާންނުވާނެކަމަށެވެ. ދެންފަހެ މިއިދިކީލިކަމުގެ ބަސް ދެންނެވުމުން އެމީހުންނަށް އައީ ގަދަހެލުމަކާއި އަޑުފަށެކެވެ. އެއީ رَجْفَة އެވެ. އެއަޑުފަށަށް موسى عليه السّلام ފިޔަވައި ދެން އެންމެން މަރުވީއެވެ.) ދެންފަހެ އެމީހުންނަށް އެ رَجْفَة ޖެހި އެންމެން މަރުވެދިއުމުން موسى عليه السّلام (ވަރަށް ހިތާމަފުޅުން އަސަރުގަދަދެންނެވުމެއްދެންނެވިއެވެ.) ﷲ އަށް ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! އިބަރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ މީގެކުރިންވެސް އިބަރަސްކަލާނގެ އެމީހުން ހަލާކުކުރައްވައިފީހެވެ. އަދި މިއަޅާވެސް ހަލާކު ކުރައްވައިފީހެވެ. އަޅަމެންގެ ތެރެއިންވާ މޮޔަ جاهل ން ކުރަމުންގެންދާ ނުބައި ކަންތަކުގެ ސަބަބުން އިބަރަސްކަލާނގެ އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟ އަދި އެކަން އެއީ އިބަރަސްކަލާނގެ ޖައްސަވާ إمتحان ކަމުގައިމެނުވީ ނުވެއެވެ. އޭގެސަބަބުން އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުން މަގުފުރައްދަވަމުއެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުންނަށް ތެދުމަގު ދައްކަވަމުއެވެ. އިބަރަސްކަލާނގެއީ އަޅަމެންގެ ސަހަރޯވެރިޔާއެވެ. ފަހެ އަޅަމެންނަށް ފުއްސަވާދެއްވާންދޭވެ! އަދި އަޅަމެންނަށް رحمة ލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ ފާފަފުއްސަވާ عفوء ކުރައްވާ އެންމެ ހެޔޮވެގެންވާ ފަރާތެވެ. އަދި މިދުނިޔޭގައި އަޅަމެންނަށް ހެޔޮކަން (صالح عمل ކުރުމުގެ توفيق) ލިއުއްވާދެއްވާނދެވެ. އަދި آخرة ގައިވެސް އަޅަމެންނަށް (ފާފަފުއްސެވުން) ލިއުއްވާދެއްވާނދޭވެ! ހަމަކަށަވަރުން އަޅަމެން އިބަރަސްކަލާނގެއަށް رجوع ވެ توبة ވެއްޖައީމުވެ. އެކަލާނގެ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذاب ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދިމާކުރައްވަމެވެ. ޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ފަހެ ތިމަންރަސްކަލާނގެ އެ رحمة ލިއުއްވާހުށީ އެބަޔަކު تقوى ވެރިވާ އަދި ޒަކާތްދޭ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް އެމީހުން ބިރުވެތިވާމީހުންނަށެވެ..........އަދިމީގެ ފަހުއާޔަތުގައިވެސް މި مَوْضُوعُ ގެ ބައެއްވާހަކަވެއެވެ. ދެންއެބައި أعْرَافُ ސޫރަތުން ބައްލަވާނީއެވެ.
-
2:57
وَظَلَّلْنَا عَلَيْكُمُ ٱلْغَمَامَ وَأَنزَلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ ۖ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ ۖ وَمَا ظَلَمُونَا وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ
Wa-Z̤̣allalnaa ʻalaykumul g̣amaama wa-ʹañzalnaa ʻalaykumul Manna was-Salwaaa: Kuloo miñ ṭayyibaati maa razaq̣naakum wa-maa z̤̣alamoonaa wa-laakiñ kaanooo ʹañfusahum yaz̤̣limoon.
އަދި ތިމަންރަސްކަލާނގެ ކަލޭމެންގެމައްޗަށް ވިލާގަނޑުން ހިޔާއަޅުއްވައިދީ އަދި ކަލޭމެންގެމައްޗަށް (ކެއުމެއްގެގޮތުން) مَنٌّ އާއި سَلْوَى ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެނަށްދެއްވި ރަނގަޅު حلال ރިޒުގުން ކަލޭމެންކާށޭ އެންގެވީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވަމެވެ. އަދި އެކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس އަށް އަނިޔާވެރިވާބަޔަކުކަމުގައެވެ.
-
2:58
وَإِذْ قُلْنَا ٱدْخُلُوا۟ هَـٰذِهِ ٱلْقَرْيَةَ فَكُلُوا۟ مِنْهَا حَيْثُ شِئْتُمْ رَغَدًا وَٱدْخُلُوا۟ ٱلْبَابَ سُجَّدًا وَقُولُوا۟ حِطَّةٌ نَّغْفِرْ لَكُمْ خَطَـٰيَـٰكُمْ ۚ وَسَنَزِيدُ ٱلْمُحْسِنِينَ
Wa-ʹiẓ q̣ulnad khuloo haaẓihil q̣aryata fakuloo minhaa ḥays̤u shiʹtum rag̣adañw wadkhulul baaba Sujjadañw wa-q̣ooloo ḥittatun nag̣fir lakum Khaṭaayaakum: wa-sanazeedul Muḥsineen.
އަދި މިރަށަށް ކަލޭމެންވަންނާށޭ އަދި އެރަށުން ކަލޭމެން އެދޭފަދައަކުން ތަނަވަސްކަމާއިއެކު ކަލޭމެން ކައިއުޅޭށެވެ! އަދި ރަށުގެ ދޮރުން ވަންނަހިނދު سَجِدَة ކުރާ حَال (އެބަހީ ކިޔަމަންތެރިވެގެންވާ حال ކަލޭމެން ވަންނާށޭ) އަދި އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! މިހެން ކަލޭމެން ބުނާށޭ އޭރުން ތިމަންރަސްކަލާނގެ ކަލޭމެންގެ ފާފަތައް ފުއްސަވާހުށީމެވެ. އަދި إحْسَان ތެރިންނަށް ނިކަންހުރެ ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވާހުށީމެވެ. މިފަދައިން ތިމަންރަސްކަލާނގެ وحي ކުރެއްވިހިނދު (ކަންވީގޮތް ހަނދާންކުރާށެވެ!)
-
2:59
فَبَدَّلَ ٱلَّذِينَ ظَلَمُوا۟ قَوْلًا غَيْرَ ٱلَّذِى قِيلَ لَهُمْ فَأَنزَلْنَا عَلَى ٱلَّذِينَ ظَلَمُوا۟ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ
Fabaddalal laẓeena z̤̣alamoo q̣awlan g̣ayral laẓee q̣eela lahum faʹañzalnaa ʻalal laẓeena z̤̣alamoo rijzam minas samaaaʹi bimaa Kaanoo yafsuq̣oon.
ދެންފަހެ އަނިޔާވެރިވީމީހުން އެމީހުންނަށް ބުނުމަށް އަމުރުވެވުނުބަސްނޫން އެހެން ބަހެއް އެމީހުންބުނެ ބަދަލުކޮށްފިއެވެ. އަދި އަނިޔާވެރިންގެމައްޗަށް ތިމަންރަސްކަލާނގެ އުޑުން عَذاب އެއް ބާވައިލެއްވީމެވެ. އެއީ އެމީހުން فَاسِقُ ވާކަމުގެ ސަބަބުންނެވެ. ﷲ ގެ ކިޔަމަނުން ނުކުމެ އުރެދުމުގެ ސަބަބުންނެވެ.\nދަންނައެވެ! ރަށުގެ ދޮރުން سجدة ކުރާ حال ވަންނާށޭ އެންގެވީމާ އެމީހުން އެތަނަށް ވަނތްކަމަށްވަނީ ފޫކޮޅުކާތަމުންނެވެ. އަދި ކަލޭމެން حِطَّةٌ މިހެން (އެބަހީ އަޅަމެންގެ ފާފަފުއްސަވާނދޭވެ.) މިހެންކިޔާށޭ އެންގެވީމާ އެމީހުން ކީކަމަށްވަނީ حِنْطَةٌ މިހެންނެވެ. (އެއީ ހިމަގޮދަނަށް ކިޔާނަމެކެވެ.) މިމީހުންގެ އަދަބުކުޑަކަމުގެ ސަބަބުން އެހެންވެ 59 ވަނަ އާޔަތުގައި އެވަނީ އެމީހުންގެ މައްޗަށް ﷲ عَذَاب އެއް ފޮނުއްވި ވާހަކައެވެ. އެއީ طاعون ބަލި ފޮނުއްވައި އެތައްހާސްބަޔަކު މަރުވެދިއުމެވެ. އެއީ މިޒަމާނުބަހުން ކޮލެރާއެވެ.
-
2:60
۞ وَإِذِ ٱسْتَسْقَىٰ مُوسَىٰ لِقَوْمِهِۦ فَقُلْنَا ٱضْرِب بِّعَصَاكَ ٱلْحَجَرَ ۖ فَٱنفَجَرَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۖ كُلُوا۟ وَٱشْرَبُوا۟ مِن رِّزْقِ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ
Wa-ʹiẓis tasq̣aa Moosaa liq̣awmihee faq̣ulnaḍ rib biʻAṣaakal ḥajar. Fañfajarat minhus̤ nataa ʻashrata ʻaynaa. Q̣ad ʻalima Kullu ʻunaasim mashrabahum. Kuloo washraboo mir rizq̣il laahi walaa taʻs̤aw fil ʹarḍi mufsideen.
އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެ މީހުންނަށް ފެނަށް އެދިވަޑައިގެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) ފަހެ ތިމަން ރަސްކަލާނގެ އެކަލޭގެފާނަށް وحي ކުރެއްވީމެވެ. ކަލޭގެފާނު ކަލޭގެފާނުންގެ އަސާކޮޅުން ހިލައިގާ ޖައްސަވާށެވެ! (ދެން އެކަލޭގެފާނުންގެ އަސާކޮޅުން ހިލައިގާ ޖެއްސެވިއެވެ.) އެހިނދު އެހިލަގަނޑު ފަޅަފަޅައިގެންގޮސް ބާރަކޯރަށް ފެންގަޑު ދެމިގެންފިއެވެ. (އޭރު އެތާތިބިކަމަށްވަނީ بَني إِسْرَائيل ގެ ބާރަދަރިކޮޅުގެމީހުންނެވެ.) އަދި ކޮންމެ ދަރިކޮޅަކަށްވެސް އެބަޔަކު ފެންބޯނެ ކޯރެއް ރަނގަޅަށް އެނގިއްޖެއެވެ. އަދި ﷲ ގެ رِزْق ން ކަލޭމެން ކައިބޮއި ހަދާށެވެ. އަދި ބިންފާސިދުކޮށްނުހަދާށެވެ! މިހެންއެންގެވީމެވެ.
-
2:61
وَإِذْ قُلْتُمْ يَـٰمُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍ وَٰحِدٍ فَٱدْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنۢبِتُ ٱلْأَرْضُ مِنۢ بَقْلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ قَالَ أَتَسْتَبْدِلُونَ ٱلَّذِى هُوَ أَدْنَىٰ بِٱلَّذِى هُوَ خَيْرٌ ۚ ٱهْبِطُوا۟ مِصْرًا فَإِنَّ لَكُم مَّا سَأَلْتُمْ ۗ وَضُرِبَتْ عَلَيْهِمُ ٱلذِّلَّةُ وَٱلْمَسْكَنَةُ وَبَآءُو بِغَضَبٍ مِّنَ ٱللَّهِ ۗ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّـۧنَ بِغَيْرِ ٱلْحَقِّ ۗ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ
Waʹiẓ q̣ultum yaa-Moosaa lan naṣbira ʻalaa ṭaʻaamiñw waaḥidiñ fadʻu lanaa Rabbaka yukhrij lanaa mimmaa tumbitul ʹarḍu mim baq̣lihaa Wa-q̣is̤s̤aaaʹihaa Wa-foomihaa wa-ʻadasihaa wa-baṣalihaa. Q̣aala ʹatastabdiloonal laẓee huwa ʹadnaa billaẓee huwa Khayr? ʹIhbiṭoo miṣrañ faʹinna lakum maa saʹaltum. Waḍuribat ʻalayhimuẓ ẓillatu walmaskanah; wa-baaaʹoo big̣aḍabim minal laah. Ẓaalika biʹannahum kaanoo yakfuroona biʹaayaatil laahi wa-yaq̣tuloonan nabiyyeena big̣ayril ḥaq̣q̣. Ẓaalika bimaa ʻaṣaw Wa-kaanoo yaʻtadoon.
(އޭ بَنِي إٍسْرائيل އެވެ!) مُوسى (عليه السّلام) އަށް ކަލޭމެން ދެންނެވިހިނދު ހަނދުމަކުރާށެވެ! (ކަލޭމެން ދެންނެވީމުއެވެ.) އޭ مُوسى (عليه السّلام) އެވެ. އެއްކާނާއެއްގެމައްޗަށް އަހުރެމެންނަކަށް ކެތެއް ނުކުރެވޭނެއެވެ. (ހަމައެކަނި مَنُّ އާއި سَلْوَى ކައިގެން ނުވާނެއެވެ.) ފަހެ ބިމުން ނުކުންނަ ބާވަތުގެ ތަކެތީގެ ތެރެއިން އަހުރެމެންނަށް ނެރެދެއްވައިތޯ ކަލޭގެފާނުންގެ رَبّ އަށް دُعَاء ކޮށްދެއްވާށެވެ! އެބިމުގެ ތަރުކާރީއާއިقِثَّا އާއި އޭގެ ލޮނުމެދާ (ނުވަތަ ހިމަގޮދަނާއި) އަދި އެތާނގެ މުގާއި އެތާނގެ ފިޔަޔާއި (ނެރެއްދެއްވައިތޯ ދަންނަވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. މާހެޔޮ ރަނގަޅު މާތްވެގެންވާ އެއްޗެއްގެ ބަދަލުގައި މާދެރަ ނިކަމެތި އެއްޗަކަށް ބަދަލުކުރަން އެދެނީހެއްޔެވެ؟ އެހެންކަމަށްވަންޏާ ކަލޭމެން ކޮންމެވެސް ރަށަކަށް ފައިބާށެވެ! އޭރުން ކަލޭމެން ތިޔަ ސުވާލުކުރާތަކެތި ކަލޭމެންނަށް ހުންނާނެއެވެ. އަދި އެމީހުންނަށް ނިކަމެތިކަމާއި مِسْكِيْنُ ކަން ޖެހިއްޖެއެވެ. އަދި އެމީހުން އެނބުރި رُجُوعَ ވީ ﷲ ގެ حضرة ން ކޯފާޔާއިގެންނެވެ. އެހެން އެވީ އެމީހުން ﷲ ގެ آية ތަކަށް ކާފަރުވާކަމުގެ ސަބަބުންނެވެ. އަދި އެއްވެސް حقّ އަކާއި ނުލައި ނަބީބޭކަލުން މަރާކަމުގެ ސަބަބުންނެވެ. އެގޮތަކީ އެބައިމީހުން نَبِى ބޭކަލުން މަރަނީ، އެމީހުން ﷲ އަށް އުރެދި އަދި ހައްދުފަހަނަޅައިދާކަމުގެ ސަބަބުންނެވެ.
-
2:62
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلنَّصَـٰرَىٰ وَٱلصَّـٰبِـِٔينَ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ʹInnal laẓeena ʹaamanoo Wallaẓeena haadoo wan-Naṣaaraa waṣ-Ṣaabiʹeena man ʹaamana billaahi wal-Yawmil ʹAakhiri waʻamila ṣaaliḥañ falahum ʹajruhum ʻiñda Rabbihim: Walaa khawfun ʻalayhim walaa hum yaḥzanoon.
ހަމަކަށަވަރުން (محمّد ﷺ އަށް) އީމާންވެ އީމާންކަންމަތީ ދެމިތިބި މީހުންނާއި އަދި يهودي ވީ މީހުންނާއި نَصَارى އިންނާއި އަދި صَابِئُ ންނާއި މިމީހުންގެ ތެރެއިން ﷲ އަށާއި آخرة ދުވަހަށް އީމާންވެ صَالِح عَمَل ކޮށްފިމީހާ (ދަންނައެވެ!) ފަހެ އެމީހުންނަށް އެމީހުންގެ رَبّ ގެ حضرة ގައި އެމީހުންގެ ދަރުމަހުއްޓެވެ. އަދި އެމީހުންގެމައްޗަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ. ދަންނައެވެ! މިއާޔަތުގައި ނަންގަނެވިގެންވާ ހަތަރު ބާގައިގެތެރެއިން އީމާންވީ މީހުންނޭ އޮތް ބަސްފުޅުން مُرَاد ކުރެވެނީ مُحَمّد ﷺ އަށް އީމާންވެ އީމާންކަންމަތީ ދެމިތިބި މީހުންނެވެ. يهودي ވީ މީހުންނޭ އޮތްބަސްފުޅުން مُرَاد ކުރެވެނީ مُوسى (عليه السّلام) އަށް ބާވައިލެއްވި دين އަށް ނިސްބަތްވާ މީހުންނެވެ. نصارى އިންނޭ ބުނިބަހުން مُرَاد ކުރެވެނީ عيسى (عليه السّلام) އަށް ބާވައިލެއްވި دين އަށް ނިސްބަތް ކުރެވޭ މީހުންނެވެ. ނަމަވެސް މިދެ أمّة ގެ މީހުންނަކީވެސް އެދެނަބީއިންގެ ފޮތް އެބައިމީހުން ބަދަލުކޮށް ހެދުމުގެ ސަބަބުން އެދެ ދީނުގެ مَعَالِم އެމީހުން އަތުން ގެއްލިފައިވާ ބައެކެވެ. މިހާރު އެއީ ހަމަ ނަމެކެވެ. صَابِئي ންނަކީ ملائكة ންނަށް އަޅުކަން ކުރާމީހުންނެވެ. / ނުވަތަ ދީނެއްނެތް މީހުންނެވެ. / ނުވަތަ ތަރިއަށް އަޅުކަން ކުރާމީހުންނެވެ. އަދި އެހެން ގޮތްގޮތަށްވެސް ކިޔާފައިވެއެވެ. والله أعلم.
-
2:63
وَإِذْ أَخَذْنَا مِيثَـٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ
Wa-ʹiẓ ʹakhaẓnaa Mees̤aaq̣akum Wa-rafaʻnaa fawq̣akumuṭ Ṭoor: Khuẓoo maaa aataynaakum̃ biq̣uwwatiñw waẓkuroo maa feehi laʻallakum tattaq̣oon.
އަދި ތިމަންރަސްކަލާނގެ ކަލޭމެންގެ ބޯމައްޗަށް طُور ފަރުބަދަ އުފުއްލަވައިލިވަގުތު ހަނދާންކޮށް ބަލާށެވެ! (އެކަން އެހެންވާން ދިމާވީ: توراة ލިއުއްވާފައިވާ ފިލާތައް موسى عليه السّلام ހިތްޕަވައިގެން ވަޑައިގެން އޭގައިވާފަދައަކުން عمل ކުރުމަށް بَني إسرائيل ންނަށް ވިދާޅުވިހިނދުން އެމީހުން ދެންނެވީ ﷲ تعالى ކަލޭގެފާނަށް ބަސްފުޅު وحي ކުރައްވައި ވާހަކަދެއްކެވިފަދައިން އަހުރެމެންނާއި ވާހަކަ ނުދައްކަވަނިސް އަހުރެމެން ތިޔައިގައިވާ ތަކެތި قبولއެއް ނުކުރާނަމެވެ. އެހިނދު ﷲ ކޯފާވެވޮޑިގެން މަލާއިކަތްބޭކަލުންނަށް އަމުރުފުޅުކުރައްވައި طُور ފަރުބަދަ އެމީހުންގެ ބޯމައްޗަށް އުފުއްލަވައި توراة ގައިވާ ތަކެތީން عمل ކުރުމަށް އެންގެވިއެވެ. އެހެންނޫންނަމަ، ބޯމައްޗަށް ފަރުބަދަ ވައްޓައިލައްވައި ޗިސްކޮށްލައްވާނެކަމަށެވެ. އެހިނދު އެމީހުން އޭގައިވާގޮތަށް عمل ކުރުމަށް އެއްބަސްވެ އެގޮތުގެމައްޗަށް އެމީހުންގެ ކިބައިން ﷲ عَهْدُ ކަށަވަރު ހިއްޕެވިއެވެ. (زبدة التفسير)) އެމީހުންނަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވިތަކެތީގައި ބާރަށް ހިފަހައްޓާށެވެ! އެބަހީ އޭގައިވާގޮތަށް ރަނގަޅަށް عمل ކުރާށެވެ. އަދި އޭގައިވާ ތަކެތި ދަސްކޮށް ހަނދާންބަހައްޓާށެވެ! އެއީ ކަލޭމެން تقوى ވެރިވުމަށެވެ.
-
2:64
ثُمَّ تَوَلَّيْتُم مِّنۢ بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَكُنتُم مِّنَ ٱلْخَـٰسِرِينَ
S̤umma tawallaytum mim̃ baʻdi ẓaalik: Falawlaa faḍlul lahi ʻalaykum wa-raḥmatuhoo lakuñtum minal khaasireen.
ދެންވެސް (އެބަހީ އެފަދަ ބޮޑު عَهْدُ ކަށަވަރަށްފަހުވެސް) ކަލޭމެން އެނބުރި ފުރަގަސްދީފީމުއެވެ. (ބަސްއަހައި عمل ނުކުރީމުއެވެ.) ފަހެ ކަލޭމެންގެމައްޗަށް ﷲ ގެ فَضل ވަންތަކަމާއި އެކަލާނގެ رحمة ނުވާނަމަ ހަމަކަށަވަރުން ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިން ކަލޭމެން ވެއްޖައީހެވެ.
-
2:65
وَلَقَدْ عَلِمْتُمُ ٱلَّذِينَ ٱعْتَدَوْا۟ مِنكُمْ فِى ٱلسَّبْتِ فَقُلْنَا لَهُمْ كُونُوا۟ قِرَدَةً خَـٰسِـِٔينَ
Wa-laq̣ad ʻalimtumul laẓeenaʻ tadaw miñkum fis Sabti faq̣ulnaa lahum koonoo q̣iradatan khaasiʹeen!
އަދި ހަމަކަށަވަރުން ހޮނިހިރުދުވަހުގައި ހައްދުފަހަނަޅައިގެންދިޔަމީހުން (އެދުވަހު ކެއޮޅުކަންކޮށް ހައްދުފަހަނަޅައި ދިޔަމީހުން) ކަލޭމެނަށް ރަނގަޅަށް އެނގޭނެއެވެ. ފަހެ ނިކަމެތިވެ ދެރަވެގެންވާ ރަމާމަކުނުތަކަކަށް ކަލޭމެންވާށޭ އެމީހުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. (އެމީހުން ރާމާމަކުނުތަކަކަށް ބަދަލުކުރެއްވީމެވެ.)
-
2:66
فَجَعَلْنَـٰهَا نَكَـٰلًا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِّلْمُتَّقِينَ
Fajaʻalnaahaa nakaalal limaa bayna yadayhaa wa-maa khalfahaa wa-mawʻiz̤̣atal lil-Muttaq̣een.
އަދި އެކަމަކީ (އެބަހީ އެމީހުން ރަމާމަކުނަށް ބަދަލުކުރެއްވުން) ތިމަންރަސްކަލާނގެ ލެއްވީ ފަހުން އަންނަމީހުންނަށާ އޭރުތިބި މީހުންނަށްވާ عُقُوبَة އަކަށެވެ. عِبْرَة އަކަށެވެ. އެފަދަ ނުކިޔަމަންތެރިކަން ހިންގާ އެހެންމީހުންނަށްވެސް އެފަދަ عَذَاب ދެއްވައިފާނެކަން އެންގެވުމަށެވެ. އަދި تَقْوى ވެރިންނަށްވާ وَعْظ އާއި ނަސޭހަތަކަށެވެ.
-
2:67
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦٓ إِنَّ ٱللَّهَ يَأْمُرُكُمْ أَن تَذْبَحُوا۟ بَقَرَةً ۖ قَالُوٓا۟ أَتَتَّخِذُنَا هُزُوًا ۖ قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَـٰهِلِينَ
Wa-ʹiẓ q̣aala Moosaa liq̣awmiheee ʹinnal laaha yaʹmurukum ʹañ taẓbaḥoo Baq̣arah. Q̣aalooo ʹatattakhiẓunaa huzuwaa? Q̣aala ʹaʻooẓu billaahi ʹan ʹakoona minal jaahileen!
އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު ހަނދުމަފުޅު ކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) ހަމަކަށަވަރުން ކަލޭމެން އަންހެން ގެރިއެއް ކަތިލުމަށް ﷲ تعالىކަލޭމެނަށް أمر ކުރައްވައެވެ. އެމީހުން ދެންނެވިއެވެ. ކަލޭގެފާނު އަޅުގަނޑުމެންނަށް މަލާމާތްކުރައްވަނީތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. جَاهِل ންގެތެރެއިން އަހުރެން ނުލެއްވުންއެދި ﷲ ގެ حضرة ން އަހުރެން ރައްކާތެރިކަމާއި حِمَايَة ލިބިގަންނަމެވެ. (އެބަހީ އަހުރެންނަކީ މީހުންނަށް މަލާމާތްކުރާ جَاهِل އެއްނޫނެވެ. މިހެނީ ކަލޭމެންނަށްވެސް ރަނގަޅަށް އެނގޭނޭފަދައިން ތިމަންކަލޭގެފާނަކީ ﷲ ފޮނުއްވި ރަސޫލަކީމެވެ. ރަސޫލުބޭކަލުންނަކީ މީހުންނަށް މަލާމާތްކޮށް ފުރައްސާރަކުރުން އެކަށީގެންވާބައެއްނޫނެވެ.)
-
2:68
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا فَارِضٌ وَلَا بِكْرٌ عَوَانٌۢ بَيْنَ ذَٰلِكَ ۖ فَٱفْعَلُوا۟ مَا تُؤْمَرُونَ
Q̣aalud ʻu lanaa Rabbaka yubayyil lanaa maa- hee! Q̣aala ʹinnahoo yaq̣oolu ʹinnahaa baq̣aratul laa faariḍuñw walaa bikr; ʻawaanum bayna ẓaalik: fafʻaloo maa- tuʹmaroon.
އެމީހުން ދެންނެވިއެވެ. އެގެރިޔަކީ ކޮންގެރިއެއްތޯ އަހުރެމެންނަށް بَيَان ކޮށްދެއްވުމަށް ކަލޭގެފާނުންގެ رَبّ އަށް ކަލޭގެފާނު އަހުރެމެންނަށްޓަކައި ދަންނަވައި ދެއްވާ ބައްލަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އެކަލާނގެ وحي ކުރައްވައެވެ. ހަމަކަށަވަރުން އެގެރިއަކީ ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއްނޫނެވެ. އަދި بِكْرُ ނުކެނޑޭ ޅަގެރިއެއްވެސް ނޫނެވެ. އެދެމެދުގެ މެދުމިން ގެރިއެކެވެ. ފަހެ ކަލޭމެނަށް أمر ވެވުނުކަންތައް ކަލޭމެން ކުރާށެވެ!
-
2:69
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ صَفْرَآءُ فَاقِعٌ لَّوْنُهَا تَسُرُّ ٱلنَّـٰظِرِينَ
Q̣aalud ʻu lanaa Rabbaka yubayyil lanaa maa- lawnuhaa. Q̣aala ʹinnahoo yaq̣oolu ʹinnahaa baq̣aratuñ ṣafraaaʹu faaq̣iʻul lawnuhaa tasurrun naaz̤̣ireen.
އެމީހުން ދެންނެވިއެވެ. އެގެރީގެ ކުލަ އެކަލާނގެ އަހުރެމެންނަށް بَيَان ކޮށް ދެއްވުމަށް ކަލޭގެފާނުންގެ رَبّ އަށް ކަލޭގެފާނު އަހުރެމެންނަށްޓަކައި ދަންނަވާ دعاء ކޮށްދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އެކަލާނގެ وحي ކުރައްވައެވެ. ހަމަކަށަވަރުން އެގެރިޔަކީ ރީނދޫކުލަގަދަ ގެރިއެކެވެ. އަދި ބަލާމީހުންގެ ހިތްތަކަށް އުފާވެރިކަން ލިއްބައިދޭ ރީތި ގެރިއެކެވެ.
-
2:70
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ إِنَّ ٱلْبَقَرَ تَشَـٰبَهَ عَلَيْنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهْتَدُونَ
Q̣aalud ʻu lanaa Rabbaka yubayyil lanaa maa- hiya ʹinnal baq̣ara tashaabaha ʻalaynaa: wa-ʹinnaaa ʹiñ shaaaʹal laahu lamuhtadoon.
އެމީހުން ދެންނެވިއެވެ. އެގެރިޔަކީ ކޮންގެރިއެއްކަން އެކަލާނގެ އަހުރެމެންނަށް بَيَان ކޮށްދެއްވުމަށް ކަލޭގެފާނުންގެ رَبّ އަށް ކަލޭގެފާނު އަހުރެމެންނަށްޓަކައި ދަންނަވާ دعاء ކޮށްދެއްވާށެވެ! ހަމަކަށަވަރުން ތިޔަވިދާޅުވާ ގެރިއެއް އަހުރެމެންނަށް އޮޅިއްޖެއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ ހަމަކަށަވަރުން އަހުރެމެންނަކީ ތިޔަ ކަމުގައި ތެދުމަގު ލިބޭނެ ބަޔަކީމުއެވެ.
-
2:71
قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا ذَلُولٌ تُثِيرُ ٱلْأَرْضَ وَلَا تَسْقِى ٱلْحَرْثَ مُسَلَّمَةٌ لَّا شِيَةَ فِيهَا ۚ قَالُوا۟ ٱلْـَٔـٰنَ جِئْتَ بِٱلْحَقِّ ۚ فَذَبَحُوهَا وَمَا كَادُوا۟ يَفْعَلُونَ
Q̣aala ʹinnahoo yaq̣oolu ʹinnahaa baq̣aratul laa ẓalooluñ tus̤eerul ʹarḍa wa-laa tasq̣il hars̤; musallamatul laa shiyata feehaa. Q̣aalul ʹaana jiʹta bilḥaq̣q̣. Faẓabaḥoohaa wa-maa kaadoo yafʻaloon.
އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އެކަލާނގެ وحي ކުރައްވައެވެ. އެގެރިއަކީ ދަނޑުގައި ފަސްގަނޑުޖަހަން ގެންގުޅޭ ނިކަމެތި ގެރިއެއްނޫނެވެ. އަދި ދަނޑަށް ފެންދޭން ފެންއުފުލަން ގެންގުޅޭ ގެރިއެއްވެސް ނޫނެވެ. އެފަދަ އެންމެހައި ދެރަ އަދި عَيْب ން ސަލާމަތް ވެގެންވާ ގެރިއެކެވެ. އޭގައި އެއްވެސް ލަފެއް އަދި ދެކުލައެއްގެ ތަންކޮޅެއް ނުވާނެއެވެ. (ސީދާ ގަދަރީނދޫކުލައިގެ ގެރިއެކެވެ.) އެމީހުން ދެންނެވިއެވެ. ކަލޭގެފާނު މިހާރު حقّ ތެދުގޮތުގައި އެގެރި ބަޔާންކޮށްދެއްވައިފީމުއެވެ. ދެން ފަހެ އެމީހުން އެގެރި ކަތިލައިފިއެވެ. އަދި އެމީހުން އެކަން ކުރުމަށް ގާތްވެސް ނުވެއެވެ. (އެބަހީ އެމީހުން އޭތި ކަތިލީ ކަތިލާހިތަކުން ނޫނެވެ. ނުކަތިލައިވޭތޯ އެތައް ސުވާލެއްކޮށް ދެން އެހެންގޮތެއް ނެތިގެން ކަތިލީއެވެ.)
-
2:72
وَإِذْ قَتَلْتُمْ نَفْسًا فَٱدَّٰرَْٰٔتُمْ فِيهَا ۖ وَٱللَّهُ مُخْرِجٌ مَّا كُنتُمْ تَكْتُمُونَ
Wa-ʹiẓ q̣ataltum nafsañ faddaaraʹtum feehaa: wallaahu mukhrijum maa kuñtum taktumoon.
އޭ بَنِي إسْرَائيلއެވެ! ޔަހޫދީންނޭވެ! ކަލޭމެންގެ މީހަކު، މީހަކު މެރިހިނދުން ކަލޭމެންގެ މެދުގައި އެމީހާ މެރީ ކާކުކަމާމެދު އަރައިރުންވެ ޒުވާބުވިއެވެ. އަދި ﷲ އީ ކަލޭމެން ވަންހަނާކުރާހާކަމެއް ނެރުއްވާ ފާޅުކުރައްވާނެ ކަލާނގެއެވެ.
-
2:73
فَقُلْنَا ٱضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْىِ ٱللَّهُ ٱلْمَوْتَىٰ وَيُرِيكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَعْقِلُونَ
Faq̣ulnaḍ riboohu bibaʻḍihaa. Kaẓaalika yuḥyil laa-hul mawtaa wa-yureekum ʹAayaatihee laʻallakum taʻq̣iloon.
ފަހެ ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭމެން އޭނާގައި (އެބަހީ އެމަރުވީމީހާގެ ގައިގަ) އޭގެ އެބަހީ އެގެރީގެ ކޮންމެވެސް ބަޔަކުން ޖަހައިލާށެވެ! (ދެން އެމީހުން އެގެރި ކަތިލައި އެގެރީގެ ކޮންމެވެސް ތަނަކުން މާކަޅުވާމަހުން ނުވަތަ ބޮނބިފަޅިން ނުވަތަ ދުލުން... والله أعلم މަރުވެފައި އެވާމީހާގެ ގައިގާ ޖަހައިލުމުން އެމީހާ ދިރިގެން ތެދުވެ އެމީހާ މަރައިލިމީހާގެ خبر ދީފައި އަލުންވެސް އިހުއޮތްގޮތަށް މަރުވީއެވެ. ދެން ﷲ އެ އަންގަވަނީ) މަރުވެފައިވާތަކެތި ﷲ تعالى (قيامة އަށްޓަކައި) ދިރުއްވާނީ އެފަދައިންނެވެ. އަދި ކަލޭމެން ބުއްދިކޮށް ވިސްނާ فِكر ކުރުމަށްޓަކައި އެކަލާނގެ (އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ) دليل ތަކާއި ހެކިތައް ކަލޭމެނަށް އެކަލާނގެ ދައްކަވައެވެ.
-
2:74
ثُمَّ قَسَتْ قُلُوبُكُم مِّنۢ بَعْدِ ذَٰلِكَ فَهِىَ كَٱلْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ وَإِنَّ مِنَ ٱلْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ ٱلْأَنْهَـٰرُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ ٱلْمَآءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ ٱللَّهِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ
S̤umma q̣asat q̣uloobukum mim baʻdi ẓaalika fahiya kalḥijaarati ʹaw ʹashaddu q̣aswah. Wa-ʹinna minal ḥijaarati lamaa yatafajjaru minhul ʹanhaar; wa-ʹinna minhaa lamaa yash-shaq̣q̣aq̣u fayakhruju minhul maaaʹ. Wa-ʹinna minhaa lamaa yahbiṭu min khashyatil laah. Wa-mal laahu big̣aafilin ʻammaa taʻmaloon,
ދެން އެއަށްފަހު (އެބަހީ އެބޮޑު مُعْجِزَة އަށްފަހުވެސް) ކަލޭމެންގެ ހިތްތައް ހަރުވެ ގާވެއްޖެއެވެ. އެހިތްތައް ހިލަފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަށިވެއްޖެއެވެ. އެހެނީ ހަމަކަށަވަރުން ހިލައިގެތެރޭގައިވެސް ހިލަގަނޑު ފެޅިގެން އެއިން އާރުތައް ދެމޭހިލަވެއެވެ. އަދި ހަމަކަށަވަރުން އޭގެތެރޭގައި އެހިލަ ކުދިކުދިވެ ފަޅަފަޅައިގެންގޮސް އެއިން ފެންނުކުންނަ ހިލަވެއެވެ. އަދި ހަމަކަށަވަރުން އޭގެތެރޭގައި ﷲ އަށް ބިރުންވެއްޓޭ ހިލަވެއެވެ. އަދި ކަލޭމެން ކުރާކަންތައްތަކުން غَافِلُ ވެ ވޮޑިގެންވާ ކަލަކުކަމުގައި ﷲ ނުވެއެވެ.
-
2:75
۞ أَفَتَطْمَعُونَ أَن يُؤْمِنُوا۟ لَكُمْ وَقَدْ كَانَ فَرِيقٌ مِّنْهُمْ يَسْمَعُونَ كَلَـٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ
ʹAfataṭmaʻoona ʹañy yuʹminoo lakum wa-q̣ad kaana fareeq̣um minhum yasmaʻoona Kalaamal laahi s̤umma yuḥarri-foonahoo mim baʻdi maa- ʻaq̣aloohu wa-hum yaʻlamoon?
(އޭ محمّد ﷺ އަށް އީމާންވެގެންވާ مُؤمن ންނޭވެ!) ކަލޭމެން ފަހެ އެމީހުން (އެބަހީ بَنِي إسْرَائيل ގެ يهودي ން) ކަލޭމެން ތެދުކޮށް ކަލޭމެނާ އެއްގާންޏަށް އެރުމަށް (ދެބައިމީހުން އެކައްޗެއްކިއުމަށް) ކަލޭމެން ދަހިވެތިވަނީހެއްޔެވެ؟ (އެކަމަކު އެމީހުންގެ ކަންހުރިގޮތް ނިކަން ދެކޭށެވެ!) ހަމަކަށަވަރުން އޭގެ އެއްބަޔަކު ﷲ ގެ ބަސްފުޅު އަހާކަމުގައިވިއެވެ. (ﷲ ބާވައިލެއްވި توراة ގެ ބަސްފުޅު އަހާކަމުގައިވެއެވެ.) ދެން އެމީހުންނަށް އެބަސްފުޅު ރަނގަޅަށް ވިސްނި މޭރުންވުމަށްފަހު އެބަސްފުޅު އެމީހުން ބަދަލުކޮށް ހަދާކަމުގައިވިއެވެ. (އެއީ އެމީހުންގެ ތެރޭގައިތިބޭ ބައެއް عَالِمُ ންނެވެ.) އެމީހުން އެކަން އެކުރަނީ އެއީ ކުށެއްކަމާ ބޮޑުނުބައިކަމެއްކަން ރަނގަޅަށް އެނގިތިބެގެންނެވެ. (މިވަރުބަޔަކު ކަލޭމެންގެބަސް ތެދުކުރާނެހެއްޔެވެ؟)
-
2:76
وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَا بَعْضُهُمْ إِلَىٰ بَعْضٍ قَالُوٓا۟ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيْكُمْ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمْ ۚ أَفَلَا تَعْقِلُونَ
wa-ʹiẓaa laq̣ul laẓeena ʹaamanoo q̣aalooo ʹaamannaa: wa-ʹiẓaa khalaa baʻḍuhum ʹilaa baʻḍiñ q̣aal ooo ʹatuḥaddis̤oonahum bimaa fataḥal laahu ʻalaykum liyuḥaaajjookum̃ bihee ʻiñda Rabbikum? ʹAfalaa taʻq̣iloon?
އަދި އެމީހުން - އެބަހީ يهودي ން - (محمّد ގެފާނަށް އީމާންވެގެންވާމީހުންނާ) ބައްދަލުވެއްޖެއްޔާ އެމީހުންގެގާތު މި يهودي ން ބުނާނެއެވެ. އަހުރެމެންވެސް އީމާންވެއްޖައީމުއެވެ. ދެން މި يهودي ން އެމީހުންކަހަލަ އެހެން يهودي ންނާއެކުވެ (އެހެންމީހަކުނެތި) އެކަނިވެއްޖެއްޔާ އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބުނާނެއެވެ. (مؤمن ންނާ ބައްދަލުކޮށް ވާހަކަދެއްކި މީހުންނަށް އަނެއްމީހުން ބުނާނެއެވެ.) ކަލޭމެނަށް ﷲ تعالى ބާވައިލައްވާފައިވާތަކެތި (އެބަހީ توراة ގައި ބާވައިލައްވާފައިވާ محمّدގެފާނުންގެ ސިފަފުޅުތަކާއި އެކަލޭގެފާނުންގެ خبرތައް) ކަލޭމެން އެ مؤمن ންނަށް ކިޔައިދެނީ ހެއްޔެވެ؟ (އޭރުން ވާނެގޮތަކީ) ކަލޭމެންގެ رَبّ ގެ حضرة ގައި އެމީހުން ކަލޭމެންގެމައްޗަށް حُجَة قَائم ކޮށް دليل ދައްކާނީއެވެ. (އޭރުން ކަލޭމެން ދަށުވީއެވެ.) ކަލޭމެން ފަހެ އެއްޗެއްވިސްނާ فِكُرُ ނުކުރަނީހެއްޔެވެ؟ އޭގެޖަވާބުގައި ﷲ تعالى އެއަންގަވަނީ
-
2:77
أَوَلَا يَعْلَمُونَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ
ʹAwalaa yaʻlamoona ʹannal laaha yaʻlamu maa- yusirroona wa-maa yuʻlinoon?
އެމީހުން ސިއްރުކުރާ ތަކެއްޗާއި އަދި ފާޅުކުރާތަކެތިވެސް ﷲ تعالى ދެނެވޮޑިގަންނަވާކަން އެމީހުންނަށް ފަހެ ނޭގޭބާވައެވެ.
-
2:78
وَمِنْهُمْ أُمِّيُّونَ لَا يَعْلَمُونَ ٱلْكِتَـٰبَ إِلَّآ أَمَانِىَّ وَإِنْ هُمْ إِلَّا يَظُنُّونَ
Wa-minhum ʹUmmiyyoona laa- yaʻlamoonal Kitaaba ʹillaaa ʹamaaniyya wa-ʹin hum ʹillaa yaz̤̣unnoon.
އަދި އެ يهودي ންގެތެރޭގައިވެސް اُمِّىُّ ން ވެއެވެ. އެބަހީ ލިޔެކިޔާން ނޭގޭ މީހުންވެއެވެ. އެމީހުންކުރާ أمِّيدُ ތަކަކާއި އެދޭއެދުންތަކެއްމެނުވީ އެމީހުންނަކަށް ނުވެއެވެ. (އެމީހުންނަށް حقّ ވެގެންނުވާ ކަންތައް ﷲ ގެ حضرة ން ލިބުމަށް أمّيد ކުރާ ބައެކެވެ.) އެމީހުންނަކީ ހަމަ ހީކުރާބަޔަކުކަމުގައި މެނުވީނުވެއެވެ.
-
2:79
فَوَيْلٌ لِّلَّذِينَ يَكْتُبُونَ ٱلْكِتَـٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَـٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ
Fawaylul lillaẓeena yaktuboonal Kitaaba biʹaydeehim s̤umma yaq̣ooloona haaẓaa min ʻiñdil laahi liyashtaroo bihee s̤amanañ q̣aleelaa! Fawaylul lahum mimmaa katabat ʹaydeehim wa-waylul lahum mimmaa yaksiboon!
ފަހެ ތިމާމެންގެ އަތްތަކުން ފޮތްލިޔެފައި މިއީ ﷲ ގެ حضرة ން ބާވައިލެއްވި ފޮތެކޭ ބުނާމީހުންނަށް ނަރަކައިގެ ގަދަ عَذَاب ހުއްޓެވެ. (އެފަދަ މީހުންވެސް އެ يهودي ންގެ ތެރޭގައިވެއެވެ.) އެމީހުން އެގޮތަށް ކަންތައް އެކުރަނީ ކުޑައަގަކަށް އެވިއްކައިލުމަށެވެ. (ދުންޔަވީ ކުޑަކުޑަ ފައިދާއަކަށްޓަކައި ﷲ ގެ ފޮތް ބަދަލުކޮށް حكم ތައް އޮޅުވަނީއެވެ.) ފަހެ އެމީހުންގެ އަތްތަކުން އެމީހުން އެލިއުނުތަކެތީގެ ސަބަބުން އެމީހުންނަށް وَيْلُ ހުއްޓެވެ. އަދި އެމީހުން އެ ހޯދައިގަތް ތަކެތީގެ ސަބަބުން އެމީހުންނަށް ނަރަކައިގެ ގަދަ عَذَاب ހުއްޓެވެ.
-
2:80
وَقَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًا مَّعْدُودَةً ۚ قُلْ أَتَّخَذْتُمْ عِندَ ٱللَّهِ عَهْدًا فَلَن يُخْلِفَ ٱللَّهُ عَهْدَهُۥٓ ۖ أَمْ تَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ
Wa-q̣aaloo lañ tamassanan Naaru ʹillaaa ʹayyaamam maʻdoodah. Q̣ul ʹattakhaẓtum ʻiñdal laahi ʻahdañ falañy yukhlifal laahu ʻahdahooo ʹam taq̣ooloona ʻalal laahi maa laa- taʻlamoon?
އަދި އެމީހުން ބުންޏެވެ. ކަނޑައެޅި عَدَدُ ވެގެންވާ ކުޑަދުވަސްކޮޅަކުމެނުވީ އަހުރެމެން ގައިގާ އަލިފާން ނުބީހޭނެއެވެ. (އެއީ އަހުރެމެން ޅަގެރިއަށް އަޅުކަންކުރި މުއްދަތަށެވެ. އެއީ ސާޅީސް ދުވަހެވެ. ދެން އެނިމުނީއެވެ.) އޭ رَسُول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަގޮތުގެމައްޗަށް ކަލޭމެން ﷲ ގެ حضرة ގައި عَهْدُ އެއްކޮށް އެގްރީމެންޓެއްވެފައިވަނީހެއްޔެވެ؟ ފަހެ އެހެންކަމަށްވަންޏާ ﷲ تعالى އެކަލާނގެ عهد އާއި خلاف ވެ ވޮޑިނުގަންނަވާނެއެވެ. ނުވަތަ ކަލޭމެންނަށް ނޭގޭ ކަންތައް ﷲ تعالى ގެ މައްޗަށް ކަލޭމެން ބުނަނީހެއްޔެވެ؟
-
2:81
بَلَىٰ مَن كَسَبَ سَيِّئَةً وَأَحَـٰطَتْ بِهِۦ خَطِيٓـَٔتُهُۥ فَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ
Balaa mañ kasaba sayyiʹatañw waʹaḥaṭat bihee khaṭeeeʹatuhoo faʹulaaaʹika ʹAṣḥaabun Naar: hum feehaa khaalidoon.
އާއެކެވެ! (އެމީހުން ﷲ ގެމައްޗަށް ދޮގުހަދަނީއެވެ.) ނުބައިކަންތައްކުރާމީހާ އަދި އޭނާގެ ކުށާއި ނުބައި އޭނާ ލާވަށައިލައިފިމީހުން ދަންނައެވެ! އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާގައެވެ.
-
2:82
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ
Wallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati ʹulaaaʹika ʹAṣḥaabul Jannah: hum feehaa khaalidoon.
އަދި އީމާންވެގެން صالح عمل ކުރިމީހުން ދަންނައެވެ! އެމީހުންނަކީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާގައެވެ.
-
2:83
وَإِذْ أَخَذْنَا مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًا وَذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَقُولُوا۟ لِلنَّاسِ حُسْنًا وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ
Wa-ʹiẓ ʹakhaẓnaa Mees̤aaq̣a Baneee ʹIsraaaʹeela laa- taʻbudoona ʹillal laaha wa-bilwaalidayni ʹiḥsaanañw waẓil q̣urbaa walyataamaa walmasaakeeni wa-q̣ooloo linnasi ḥusnañw waʹaq̣eemuṣ Ṣalaata wa-ʹaatuz Zakaah. Ṣumma tawallaytum ʹillaa q̣aleelam miñkum wa-ʹañtum muʻriḍoon.
އަދި ތިމަންރަސްކަލާނގެ بَنِي إسْرَائيل ންގެކިބައިން عَهْد ކަށަވަރު ހިތްޕެވިހިނދު (ހަނދާންކޮށް ބަލާށެވެ!) އެ عَهْد ކަށަވަރަކީ: ކަލޭމެން ﷲ އަށްމެނުވީ އަޅުކަން ނުކުރާށެވެ! އަދި މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި يَتِيم ންނަށާއި އަދި مِسْكِيْنُ ންނަށް إحْسَان ތެރިވާށެވެ! އަދި މީސްތަކުންނަށް ކަލޭމެން ރަނގަޅު ހެޔޮބަސްބުނާށެވެ. އަދި ކަލޭމެން ނަމާދު قَائم ކުރާށެވެ! އަދި ކަލޭމެން ޒަކާތްދޭށެވެ! (މިކަންކަމުގެ މައްޗަށް عَهْد ކަށަވަރު ހިފުމަށްފަހު) ދެން ކަލޭމެންކުރެ މަދުބަޔަކުމެނުވީ އެކަމަށް ފުރަގަސްދީފީމުއެވެ. އެއީ އެކަމުން ކަލޭމެން ދުރުވެގަންނަ حال ގައެވެ.
-
2:84
وَإِذْ أَخَذْنَا مِيثَـٰقَكُمْ لَا تَسْفِكُونَ دِمَآءَكُمْ وَلَا تُخْرِجُونَ أَنفُسَكُم مِّن دِيَـٰرِكُمْ ثُمَّ أَقْرَرْتُمْ وَأَنتُمْ تَشْهَدُونَ
Wa-ʹiẓ ʹakhaẓnaa Mees̤aa-q̣akum laa- tasfikoona dimaaaʹakum wa-laa tukhrijoona ʹañfusakum miñ diyaarikum s̤umma ʹaq̣rartum wa-ʹañtum tashhadoon.
އަދި ތިމަންރަސްކަލާނގެ ކަލޭމެންގެ (بَني إسْرائيل ންގެ) ކިބައިން عَهْد ކަށަވަރު ހިތްޕެވިހިނދު (ހަނދާންކުރާށެވެ!) އެއީ ކަލޭމެން ކަލޭމެންގެ ލެއި ނުއޮހޮރުވުމަށާއި އަދި ކަލޭމެން ކަލޭމެންގެ ގޮވަތިގެދޮރުތަކުން ނުނެރުމަށެވެ. އެބަހީ ކަލޭމެން އެއްބަޔަކު އަނެއްބަޔެއްގެ ލެއި ނުއޮހޮރުވުމަށާއި އެއްބަޔަކު އަނެއްބައެއްގެ ގޯތިގެދޮރުން ނުނެރުމަށެވެ. ދެން ކަލޭމެން ރަނގަޅަށް ހެކިވެތިބެ އެކަމަށް إقْرار ވެ އެއްބަސްވީމުއެވެ.
-
2:85
ثُمَّ أَنتُمْ هَـٰٓؤُلَآءِ تَقْتُلُونَ أَنفُسَكُمْ وَتُخْرِجُونَ فَرِيقًا مِّنكُم مِّن دِيَـٰرِهِمْ تَظَـٰهَرُونَ عَلَيْهِم بِٱلْإِثْمِ وَٱلْعُدْوَٰنِ وَإِن يَأْتُوكُمْ أُسَـٰرَىٰ تُفَـٰدُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ ۚ أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَـٰبِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَآءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْىٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَيَوْمَ ٱلْقِيَـٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلْعَذَابِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ
S̤umma ʹañtum haaaʹulaaaʹi taq̣tuloona ʹañfusakum wa-tukhrijoona fareeq̣am miñkum miñ diyaarihim; taz̤̣aaharoona ʻalayhim̃ bil-ʹis̤mi walʻudwaan; wa-ʹiñy yaʹtookum ʹusaaraa tufaadoohum wa-huwa muḥarramun ʻalaykum ʹikhraajuhum. ʹAfatuʹminoona bibaʻḍil Kitaabi wa-takfuroona bibaʻḍ? Famaa jazaaaʹu mañy yafʻalu ẓaalika miñkum ʹillaa khizyuñ fil ḥayaatid dunyaa? Wa-Yawmal Q̣iyaamati yuraddoona ʹilaaa ʹashaddil ʻaẓaab. Wa-mal laahu big̣aafilin ʻammaa taʻmaloon.
އޭ މިތިބަމީހުންނޭވެ! ދެން ކަލޭމެން އެއްބަޔަކު އަނެއްބައެއް މަރައި އަދި ކަލޭމެންކުރެ އެއްބަޔަކު އަނެއްބަޔަކު އެމީހުންގެ ގޮވަތި ގެދޮރުން ނެރެ ހަދަނީއެވެ. ފާފަވެރިވެވޭނޭގޮތުންނާއި عَدَاوة ތެރިވެވޭނޭގޮތުން ކަލޭމެން އެމީހުންނަށް އެކަންކުރުމަށް އެހީވެ ވާގިވެސް ދެނީއެވެ. އަދި ކަލޭމެންގެގާތަށް أسِيْرُ ންގެގޮތުގައި އެމީހުން ގެނެވިއްޖެއްޔާ ކަލޭމެން އެމީހުންގެ فِدْيَة ހިފަނީއެވެ. އަދި އެމީހުން ގޮވަތި ގެދޮރުން ނެރުމަކީ ކަލޭމެންގެމައްޗަށް ކަނޑައެޅިގެންވާ حَرَام ކަމެކެވެ. އަޅެ ފަހެ ކަލޭމެން ފޮތުގެ އެއްބަޔަށް إيمان ވެފައި އަނެއްބަޔަށް ކަލޭމެން ކާފަރުވަނީހެއްޔެވެ؟ ފަހެ ކަލޭމެންކުރެ އެފަދަ ކަންތައްކުރާމީހުންގެ جَزَاء އެއް ކަމުގައި ދުނިޔޭގައި ދެރަނިކަމެތިކަންމެނުވީ ނުވެއެވެ. އަދި قِيَامة ދުވަހުން އެންމެގަދަ عَذَاب އަށް އެމީހުން ރައްދުކުރެވޭހުއްޓެވެ. އަދި ކަލޭމެންކުރާ ކަންތައްތަކުން ﷲ تعالى غَافِلُ ވެވޮޑިގެން ނުވެއެވެ.
-
2:86
أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْـَٔاخِرَةِ ۖ فَلَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنصَرُونَ
ʹUlaaaʹikal laẓeenash tarawul ḥayaatad Dunyaa bil-ʹAakhirati falaa yukhaffafu ʻanhumul ʻaẓaabu wa-laa hum yuñṣaroon.
ކަނޑައެޅިގެން އެމީހުން އެއީ آخرة ގެ حَيَاة ދީފާ ދުނިޔޭގެ حَيَاة ގަތްބައެކެވެ. (آخرة ދުވަހުން އެމީހުންނަށް އެއްވެސް ނަސީބެއްނެތެވެ.) ފަހެ އެމީހުންގެކިބައިން آخرة ދުވަހުން عَذَاب ލުއިނުވެވޭ ހުއްޓެވެ. އަދި نصر ލިބޭނޭބަޔަކު ކަމުގައިވެސް އެމީހުން ނުވެއެވެ.
-
2:87
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَقَفَّيْنَا مِنۢ بَعْدِهِۦ بِٱلرُّسُلِ ۖ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَـٰتِ وَأَيَّدْنَـٰهُ بِرُوحِ ٱلْقُدُسِ ۗ أَفَكُلَّمَا جَآءَكُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ
Wa-laq̣ad ʹaataynaa Moosal Kitaaba wa-q̣affaynaa mim baʻdihee bir-rusuli wa-ʹaataynaa ʻeesab na Maryamal Bayyinaati wa-ʹayyadnaahu bi-rooḥil q̣udus. ʹAfakullamaa jaaaʹakum Rasoolum̃ bimaa laa- tahwaaa ʹañfusukumus takbartum? Fafareeq̣añ kaẓẓabtum wa-fareeq̣añ taq̣tuloon?
އަދި ހަމަކަށަވަރުން موسى (عليه السّلام) އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. (توراة ދެއްވީމެވެ.) އަދި އެކަލޭގެފާނަށްފަހު އެކަލޭގެފާނާ ވިއްދައިގެން އެތައް رَسُول ބޭކަލުންނެއް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. (توراة ގައިވާ شريعة ގެމައްޗަށެވެ.) އަދި مريم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) އަށް بَيَان ވެގެންވާ دليل ތިމަންރަސްކަލާނގެ ދެއްވީމެވެ. (އެއީ އެކަލޭގެފާނުންގެ رَسُول ކަން ތެދުކަމުގެމައްޗަށް دليل ކުރާ معجزة ތަކެވެ.) އަދި جبيرل عليه السّلام މެދުވެރިކުރައްވައި އެކަލޭގެފާނަށް نصر ދެއްވައި ގަދަކަން ދެއްވީމެވެ. (އޭ يهودي ންނޭވެ!) ފަހެ ކަލޭމެންގެ هَوَى نفس ނޭދޭކަމަކާއިގެން رَسُول ބޭކަލަކު ވަޑައިގެންނެވި ކޮންމެހިނދެއްގައި ކަލޭމެން ބޮޑާވެ كِبْرُ ވެރިވާންވީހެއްޔެވެ؟ ދެން އަދި ކަލޭމެން އެތަނުން އެއްބައިބޭކަލުން ދޮގުކޮށް އަދި ކަލޭމެން އަނެއްބައިބޭކަލުން މަރަންވީހެއްޔެވެ؟
-
2:88
وَقَالُوا۟ قُلُوبُنَا غُلْفٌۢ ۚ بَل لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَقَلِيلًا مَّا يُؤْمِنُونَ
Wa-q̣aloo q̣uloobunaa g̣ulf; bal laʻanahumul laahu bikufrihim faq̣aleelam maa yuʹminoon.
އަދި އެމީހުން ބުންޏެވެ. އަހުރެމެންގެ ހިތްތައް މިވަނީ އެއްޗެއް ނުވިސްނޭނޭ ގޮތުން ބަންދުވެ އުރަލެވިފައެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ! އެމީހުންގެ ކާފަރުކަމުގެ ސަބަބުން ﷲ އެމީހުންނަށް لَعْنَة ލެއްވީއެވެ. ފަހެ އެމީހުން އީމާންވަނީ ދާދި މަދުމިންވަރަކަށެވެ. / ނުވަތަ އެމީހުންކުރެ އީމާންވަނީ މަދުބައެކެވެ.
-
2:89
وَلَمَّا جَآءَهُمْ كِتَـٰبٌ مِّنْ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمْ وَكَانُوا۟ مِن قَبْلُ يَسْتَفْتِحُونَ عَلَى ٱلَّذِينَ كَفَرُوا۟ فَلَمَّا جَآءَهُم مَّا عَرَفُوا۟ كَفَرُوا۟ بِهِۦ ۚ فَلَعْنَةُ ٱللَّهِ عَلَى ٱلْكَـٰفِرِينَ
Wa-lammaa jaaaʹahum Kitaabum min ʻiñdil laahi muṣaddiq̣ul limaa maʻahum wa-kaanoo miñ q̣ablu yastaftiḥoona ʻalal laẓeena kafaroo, falammaa jaaaʹahum maa ʻarafoo kafaroo bihee falaʻnatul laahi ʻalal Kaafireen.
އަދި އެމީހުންގެ އަތުގައިވާ ފޮތް (تَوراة) ތެދުކުރާ حَال ﷲ ގެ حضرة ން އެމީހުންގެ ގާތަށް ފޮތެއް ބާވައިލެއްވިހިނދުން އެބަހީ ކީރިތި قرآن ބާވައިލެއްވިހިނދުން. އެމީހުން އެފޮތަށް ކާފަރުވީއެވެ. އަދި އެމީހުންވީ އޭގެކުރިން (އެބަހީ محمّد ގެފާނުން رَسُول ކަމާއިގެން ފޮނުއްވުމުގެކުރިން) ކާފަރުންގެ މައްޗަށް نصر އާއި فتح ލިބުން އެދޭކަމުގައެވެ. އަދި އެމީހުން ބުނަނީވެސް "ދާދި އަވަހަކަށް نبيއަކު ވަޑައިގެންފާނެއެވެ. ދެން އޭރުން އަހުރެމެން އެކަލޭގެފާނުންގެ އަރިހުގައި ހަނގުރާމަކޮށް عَاد ގެ މީހުންނާއި إرَم ގެމީހުން މެރިގޮތަށް ކަލޭމެން މަރާނަމުއެވެ." މިއެވެ. އެމީހުން ހީކުރީ އެ نبي ބޭކަލަކުވެސް ވަޑައިގަންނަވާނީ އެމީހުންގެތެރެއިން ކަމަށެވެ.\nދެންފަހެ އެމީހުންގެގާތަށް އެކަލޭގެފާނު އެބަހީ محمّد ގެފާނު رَسُول ކަމާއިގެން ވަޑައިގަތުމުން އެމީހުންނަށް ކުރިންސުރެ އެނގި ބަޔާންވެގެންވާ ކަންތައްތަކަށް ކާފަރުވީއެވެ. محمّد ގެފާނުންގެ رَسُول ކަމަށް ކާފަރުވީއެވެ. ފަހެ ކާފަރުންގެމައްޗަށް ﷲ ގެ لَعْنَة ހުއްޓެވެ.
-
2:90
بِئْسَمَا ٱشْتَرَوْا۟ بِهِۦٓ أَنفُسَهُمْ أَن يَكْفُرُوا۟ بِمَآ أَنزَلَ ٱللَّهُ بَغْيًا أَن يُنَزِّلَ ٱللَّهُ مِن فَضْلِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٍ ۚ وَلِلْكَـٰفِرِينَ عَذَابٌ مُّهِينٌ
Biʹsamash taraw biheee ʹañfusahum ʹañy yakfuroo bimaaa ʹañzalal laahu bag̣yan ʹañy yunazzilal laahu miñ faz̤̣lihee ʻalaa mañy yashaaaʹu min ʻibaadih. Fabaaaʹoo big̣aḍabin ʻalaa g̣aḍab. Wa-lil-Kaafireena ʻaẓaabum muheen.
އެ އެއްޗަކަށް އެމީހުންގެ نَفْسُ ތައް ވިއްކައިލި އެތި ނުބައިވެގެންވެއެވެ. އެއީ އެބަހީ: އެމީހުން ދިން އެއްޗަކީ އެމީހުންގެ ނަފުސުތަކެވެ. އަދި އެމީހުން ގަތްއެއްޗަކީ ﷲ އަށް ކާފަރުވުމެވެ. ﷲ ބާވައިލައްވާ ތަކެއްޗަށް ކާފަރުވުމެވެ. އެއީ ﷲ އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ فَضْلَ ވަންތަކަމުން (وحي) ބާވައިލައްވާތީ އެކަމާ ދެކޮޅުވެރިކަމުގެގޮތުންނެވެ. (އެމީހުން ހީކުރީ ފަހުޒަމާނުގެ نَبي އާ ވަޑައިގަންނަވާނީ އެމީހުންގެ ދަރިކޮޅުންކަމަށެވެ. يهودي ންގެތެރެއިން ކަމަށެވެ. ނަމަވެސް ސީދާ عَرَبِى ންގެ ތެރެއިން އެކަލޭގެފާނުވެފައި يهودي ންގެމީހަކަށް ނުވުމުގެ ސަބަބުން އެމީހުން ދެކޮޅުވެރިވެ އެކަލޭގެފާނަށް حَسَدَ ވެރިވެ ރުޅިވެރިވެ އެކަލޭގެފާނު އަވަހާރަކޮށްލުމަށް މަސައްކަތްކުރީއެވެ.) ދެންފަހެ އެމީހުން އެނބުރިދިޔައީ ކޯފާގެމައްޗަށް ކޯފާޔާއިގެންނެވެ. (އެއީ އެމީހުން ޅަގެރިޔަށް އަޅުކަންކުރިކަމުގެ ކޯފާއާއި އަދި محمّد ގެފާނަށް ކާފަރުވީކަމުގެ ކޯފާއެވެ.) އަދި ކާފަރުންނަށްހުރީ އިހާނާތްތެރިވެގެންވާ عَذَاب އެވެ.
-
2:91
وَإِذَا قِيلَ لَهُمْ ءَامِنُوا۟ بِمَآ أَنزَلَ ٱللَّهُ قَالُوا۟ نُؤْمِنُ بِمَآ أُنزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلْحَقُّ مُصَدِّقًا لِّمَا مَعَهُمْ ۗ قُلْ فَلِمَ تَقْتُلُونَ أَنۢبِيَآءَ ٱللَّهِ مِن قَبْلُ إِن كُنتُم مُّؤْمِنِينَ
Wa-ʹiẓaa q̣eela lahum ʹaaminoo bimaaa ʹañzalal laahu q̣aaloo nuʹminu bimaaa ʹuñzila ʻalaynaa wa-yakfuroona bimaa waraaaʹahoo wa-huwal Ḥaq̣q̣u muṣaddiq̣al limaa maʻahum. Q̣ul falima taq̣tuloona ʹambiyaaaʹal laahi miñ q̣ablu ʹiñ kuñtum muʹmineen?
އަދި ﷲ ބާވައިލެއްވި ތަކެއްޗަށް ކަލޭމެން އީމާންވާށޭ އެމީހުންނަށް ބުނެވިއްޖެއްޔާ (އެބަހީ محمّد ގެފާނަށް ބާވައިލެއްވިތަކެއްޗަށް ކަލޭމެން އީމާންވާށޭ ބުނެވިއްޖެއްޔާ) އެމީހުން ބުނަނީ އަހުރެމެން އީމާންވާނީ އަހުރެމެންގެމައްޗަށް ބާވައިލެއްވުނުތަކެއްޗަށެވެ. (އެބަހީ موسى عليه السّلام އަށް ބާވައިލެއްވި توراة އަށެވެ.) އަދި އޭގެފަހުން ބާވައިލެއްވުނުތަކެއްޗަށް އެމީހުން ކާފަރުވަނީއެވެ. އެބަހީ ކީރިތި قرآن އަށް އެމީހުން ކާފަރުވަނީއެވެ. އެ قرآن އަކީ އެކަމަކު ހަމަ حقّ ތެދެވެ. އަދި އެއީ އެމީހުންގެ އަތުގައިވާ އެތިވެސް އެބަހީ توراة ވެސް ތެދުކުރާ حال ބާވައިލައްވާފައިވާ ފޮތެކެވެ. (އޭ رَسُول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެން ފޮތަށް ކަލޭމެން) އީމާންވާކަމުގައި ކަލޭމެން ބުނާއިރު އެއީ ތެދެއްކަމުގައިވަންޏާ މީގެކުރީގައި ކަލޭމެން ﷲ ފޮނުއްވި نبي ބޭކަލުން قتل ކުރީ ކީއްވެގެންހެއްޔެވެ؟ (ކަލޭމެންނަށް އަމުރުވެވިގެންވަނީ އެބޭކަލުންނަށް އީމާންވެ އެބޭކަލުންނާ تَبَعَ ވުމަށެވެ. ކަލޭމެންގެބަސް ތެދުނަމަ ކަލޭމެން ﷲ ގެ نبي ންނާ رَسُول ންމަރާ ﷲ ގެ أمر ފުޅުތަކަށް ނުކިޔަމަންތެރިވާންވީ ކީއްވެހެއްޔެވެ؟)
-
2:92
۞ وَلَقَدْ جَآءَكُم مُّوسَىٰ بِٱلْبَيِّنَـٰتِ ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَـٰلِمُونَ
Wa-laq̣ad jaaaʹakum Moosaa bil-Bayyinaati s̤ummat takhaẓtumul ʻijla mim baʻdihee wa-ʹañtum z̤̣aalimoon.
އަދި ހަމަކަށަވަރުން موسى عليه السّلام ބަޔާންވެގެންވާ دليل ތަކާއި معجزة ތަކާއިގެން ކަލޭމެންގާތަށް ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު (مِيْقَات އަށް) ވަޑައިގެންނެވުމަށްފަހު ކަލޭމެން އިލާހެއްކަމުގައި ޅަގެރި إختيار ކޮށް އެއަށް އަޅުކަންކުރީމުއެވެ. އެއީ ކަލޭމެން ކަލޭމެންގެ نفس ތަކަށް އަނިޔާވެރިވެގެންވާ حالގައެވެ. (ދަންނައެވެ! މިއީ قرآن ބާވައިލެއްވިއިރު ތިބި يهودي ންގެ ކާބަފައިންގެ عمل ތައްހުރި ގޮތް މިމީހުންނަށް ހަނދާންކޮށްދެއްވު މެއްވެސް މެއެވެ. والله أعلم)
-
2:93
وَإِذْ أَخَذْنَا مِيثَـٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍ وَٱسْمَعُوا۟ ۖ قَالُوا۟ سَمِعْنَا وَعَصَيْنَا وَأُشْرِبُوا۟ فِى قُلُوبِهِمُ ٱلْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُم بِهِۦٓ إِيمَـٰنُكُمْ إِن كُنتُم مُّؤْمِنِينَ
Wa-ʹiẓ ʹakhaẓnaa Mees̤aaq̣akum wa-rafaʻnaa fawq̣akumuṭ Ṭoor: khuẓoo maaa ʹaataynaakum̃ biq̣uwwatiñw wasmaʻoo. Q̣aaloo samiʻnaa wa-ʻaṣaynaa: wa-ʹushriboo fee q̣uloobihimul ʻijla bikufrihim. Q̣ul biʹsamaa yaʹmurukum̃ biheee ʹeemaanukum ʹiñ kuñtum muʹmineen.
(އޭ بَنِي إِسْرَائيل ގެ يهودي ންނެވެ!) އަދި ތިމަންރަސްކަލާނގެ ކަލޭމެންގެ ކިބައިން (توراة ގައިވާ ފަދައަކުން عمل ކުރުމަށް - أَمر އާއި نهى އަށް ކިޔަމަންތެރިވުމަށް) عَهْدُ ކަށަވަރު ހިތްޕެވިހިނދު ހަނދާންކުރާށެވެ! އަދި ކަލޭމެންގެމައްޗަށް ތިމަންރަސްކަލާނގެ طُوْرُ ފަރުބަދަ އުފުއްލެވީމެވެ. (އަދި ކަލޭމެނަށް އެންގެވީމެވެ.) ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވިތަކެތީގައި ގަދައަށް ހިފާށެވެ. އެބަހީ توراة ގައިވާފަދައަކުން ރަނގަޅަށް عمل ކުރާށެވެ. އަދި ކަލޭމެން ތިމަންރަސްކަލާނގެ أمر ފުޅުތައް އަހައި ކިޔަމަންތެރިވާށެވެ! (ދެންފަހެ އެމީހުން) ދެންނެވިއެވެ. އަޅަމެން އަހައިފީމުއެވެ. އަދި އަޅަމެން އުރެދިއްޖައީމުއެވެ. (އެބަހީ އަޅަމެން އިބަރަސްކަލާނގެ ބަސްފުޅު އަހައިފީމުއެވެ. އަދި އިބަރަސްކަލާނގެ أمر ފުޅަށް އުރެދިއްޖައީމުއެވެ.) އަދި އެމީހުންގެ ހިތްތަކުގައި عِجْل އަށް - (ޅަގެރިއަށް) އަޅުކަންކުރުމުގެ ލޯބި ވަދެ قرار ވެއްޖެއެވެ. (އެއީ އެއްޗެއް ކައިލީމާ ހަށިގަނޑުގެތެރެއަށް އެއެތި ވަދެ ހަމަޖެހިގެންދާ ގޮތަށެވެ.) އެހެން އެވީ އެމީހުންގެ ކާފަރުކަމުގެ ސަބަބުންނެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެންގެ إيمان ކަން އެކަމަކަށް ކަލޭމެންނަށް أمر ކުރާކަންތައް ނުބައިވެގެންވެއެވެ. ކަލޭމެންނަކީ ތެދުބުނާ މީހުންކަމުގައި ވަންޏާއެވެ.
-
2:94
قُلْ إِن كَانَتْ لَكُمُ ٱلدَّارُ ٱلْـَٔاخِرَةُ عِندَ ٱللَّهِ خَالِصَةً مِّن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ
Q̣ul ʹiñ kaanat lakumud Daarul ʹAakhiratu ʻiñdal laahi khaaliṣatam min doonin naasi fatamannawul mawta ʹiñ kuñtum ṣaadiq̣een.
(އޭ رَسُول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! آخرة ގެގޮވަތި ﷲ ގެ حضرة ގައި އެހެންމީހުން ފިޔަވައި ކަލޭމެން (يهودي ން) ނަށް خاصّ ވެގެންވަންޏާ ދެން ކަލޭމެން އަވަހަށް މަރުވާން އެދޭށެވެ! ކަލޭމެންނީ ތެދުވެރިންކަމުގައިވަންޏާ (އަވަހަށް އެދޭށެވެ!)
-
2:95
وَلَن يَتَمَنَّوْهُ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ
Wa-lañy yatamannawhu ʹabadam bimaa q̣addamat ʹaydeehim. Wallaahu ʻAleemum̃ biz̤̣z̤̣aalimeen.
އަދި އެމީހުންގެ އަތްތައް އިސްކޮށްފައިވާ ކަންތަކުގެ ސަބަބުން - ކުރި ފާފައިގެ ސަބަބުން - ދުވަހަކުވެސް އެމީހުން އެކަމަކަށް ނޭދޭނެއެވެ. މަރުވުމަކަށް ނޭދޭނެއެވެ. އަދި އަނިޔާވެރިންގެ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.
-
2:96
وَلَتَجِدَنَّهُمْ أَحْرَصَ ٱلنَّاسِ عَلَىٰ حَيَوٰةٍ وَمِنَ ٱلَّذِينَ أَشْرَكُوا۟ ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِۦ مِنَ ٱلْعَذَابِ أَن يُعَمَّرَ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ
Wa-latajidannahum ʹaḥraṣan naasi ʻalaa ḥayaah. Wa-minal laẓeena ʹashrakoo yawaddu ʹaḥaduhum law yuʻammaru ʹalfa sanah: wa-maa huwa bi-muzaḥziḥihee minal ʻaẓaabi ʹañy yuʻammar. Wallaahu Baseerum bimaa yaʻmaloon.
(އޭ رَسُول ﷲ އެވެ!) ކަލޭގެފާނު ދެކެވަޑައިގަންނަވާނީ އެމީހުން - އެބަހީ يهودي ންނަކީ ދުނިޔޭގެ حياة އަށް އެންމެ ދަހިވެތި މީހުންކަމުގައެވެ. އަދި ސީދާ مشرك ންނަށްވުރެވެސް (އެމީހުން ދަހިވެތިކަންބޮޑެވެ.) އޭގެތެރެއިން ކޮންމެ މީހަކުވެސް އެއްހާސް އަހަރުގެ عُمُرُ ލިބުމަށް ލޯބިކުރެއެވެ. އަދި (އެމީހުން އެ އެދޭގޮތަށް) عُمُرُ ދިގުވުމަކީ އެމީހުންގެކިބައިން عَذَاب ދުރުވެވޭނޭކަމެއްނޫނެވެ. އަދި އެމީހުންކުރާ ކަންތައްތައް ﷲ ދެކެވޮޑިގެންވެއެވެ. (އެމީހުންގެ عمل ތަކަށް ﷲ ބައްލަވާވޮޑިގެންވެއެވެ. (
-
2:97
قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلْبِكَ بِإِذْنِ ٱللَّهِ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ
Q̣ul mañ kaana ʻaduwwal li-Jibreela faʹinnahoo nazzalahoo ʻalaa q̣albika biʹiẓnil laahi muṣaddiq̣al limaa bayna yadayhi wa-hudañw wa- bushraa lil-Muʹmineen,
(އޭ رَسُول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! جِبْرِيل (عليه السّلام) އަށް عَدُوّ އަކުކަމުގައި ވެއްޖެމީހާ (ދަންނައެވެ! ފަހެ ހަމަކަށަވަރުން އެކަލޭގެފާނަކީ - އެބަހީ جِبْرِيل (عليه السّلام) އަކީ ﷲ ގެ إِذْنَ ފުޅަށް ކަލޭގެފާނުންގެ ހިތްޕުޅަށް އެ قرآن ގެންނެވި ކަލޭގެފާނެވެ. އެއީ އެމީހުން އެބަހީ يهودي ންގެ އަތުގައިވާ ފޮތްވެސް އަދި އޭގެކުރީގެ ފޮތްތައްވެސް ތެދުކުރާ حال ގައިވާ ފޮތެކެވެ. އަދި އެއީ مؤمن ންނަށްވާ ތެދުމަގަކާއި އަދި އުފާވެރިކަމެކެވެ.
-
2:98
مَن كَانَ عَدُوًّا لِّلَّهِ وَمَلَـٰٓئِكَتِهِۦ وَرُسُلِهِۦ وَجِبْرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوٌّ لِّلْكَـٰفِرِينَ
Mañ kaana ʻaduwwal lillaahi wa-malaaaʹikatihee wa-rusulihi wa-Jibreela wa-Meekaala faʹinnal laaha ʻaduwwul lilkaafireen.
ﷲ އަށާއި އެކަލާނގެ مَلائكة ބޭކަލުންނަށާއި އެކަލާނގެ رَسُول ންނަށާއި އަދި جِبْرِيل (عليه السّلام) އަށާއި مِيْكَائيل (عليه السّلام) އަށާއި މިއެންމެހައި ފަރާތްތަކަށް عَدَاوة ތެރިވެއްޖެމީހާ ދަންނައެވެ! (އެއީ ކާފަރެކެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ ކާފަރުންގެ عَدَاوة ތެރިޔާއެވެ. • ދަންނައެވެ! މިއާޔަތް ބާވައިލެއްވިކަމުގައިވަނީ يهودي ންނާއިމެދުގައެވެ. އެއީ އެމީހުންނާއި النّبى ﷺ އާއި ދެމެދު އެކަލޭގެފާނުންގެ نَبي ކަމާއިމެދު ހިނގި بحث އެއްގައެވެ. އެމީހުންބުނީ ކަލޭގެފާނަށްވާ وَلِى އަކީ އެބަހީ وحي އާއިގެން ވަޑައިގަންނަވާ ملائكة އަކީ جبريل ކަމަށްވަންޏާ އަހުރެމެން ކަލޭގެފާނަށް تبع އެއް ނުވާނަމެވެ. އެއީ އަހުރެމެންގެ عَدُوّ އެކެވެ. والله أعلم. = زبدة التّفسيرا =
-
2:99
وَلَقَدْ أَنزَلْنَآ إِلَيْكَ ءَايَـٰتٍۭ بَيِّنَـٰتٍ ۖ وَمَا يَكْفُرُ بِهَآ إِلَّا ٱلْفَـٰسِقُونَ
Wa-laq̣ad ʹañzalnaaa ʹilayka ʹAayaatim bayyinaat; wa-maa yakfuru bihaaa ʹillal faasiq̣oon.
(އޭ رَسُول ﷲ އެވެ!) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބަޔާންވެގެން آية ތަކެއް ބާވައިލެއްވީމެވެ. (އެއީ ކަލޭގެފާނުންގެ رَسُول ކަމުގެ ތެދުކަމުގެމައްޗަށް دليل ކުރާ އާޔަތްތަކެކެވެ. އޭގެތެރޭގައި ކީރިތި قرآن ގައި މިއަންގަވާ އެންމެހައި خبر ތަކާއި ވާހަކަތައްވެއެވެ. خاصّ ކޮށް يَهُودِي ންނާއިބެހޭ ގިނަ خَبَرُ ތައްވެއެވެ. އެ خَبَرُ ތައް އެމީހުންގެ ފޮތުގައިވެސް بيان ވެގެންވާނެއެވެ. އެފަދަ އެފަދަ خبر އަކީ رَسُول ބޭކަލަކަށް މެނުވީ ނޭނގޭނެ خبر އެވެ.) އަދި فَاسِقُ ން މެނުވީ އެ خبر ތަކާއި دليل ތަކަށް ކާފަރު ނުވާނެއެވެ.
-
2:100
أَوَكُلَّمَا عَـٰهَدُوا۟ عَهْدًا نَّبَذَهُۥ فَرِيقٌ مِّنْهُم ۚ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ
ʹAwa-kullamaa ʻaahadoo ʻahdan nabaẓahoo fareeq̣um minhum? Bal ʹaks̤aruhum laa- yuʹminoon.
އަދި އެމީހުން عَهْد އެއްކޮށް އެގްރީމެންޓެއް ކުރި ކޮންމެހިނދެއްގައި އެމީހުންކުރެ އެއް جَمَاعَة އެއްގެ ބަޔަކު އެ عَهد އެއް އެއްލައިލަންވީހެއްޔެވެ؟ عَهْد އާއި خلاف ވާންވީހެއްޔެވެ؟ (އެއީ އެމީހުންގެ އާދައެވެ.) އަދި ކިއެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުން އީމާނެއް ނުވެއެވެ.
-
2:101
وَلَمَّا جَآءَهُمْ رَسُولٌ مِّنْ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمْ نَبَذَ فَرِيقٌ مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ كِتَـٰبَ ٱللَّهِ وَرَآءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ
Wa-lammaa jaaaʹahum Rasoolum min ʻiñdil laahi muṣaddiq̣ul limaa maʻahum nabaẓa fareeq̣um minal laẓeena ʹootul Kitaaba Kitaabal laahi waraaaʹa z̤̣uhoorihim kaʹannahum laa- yaʻlamoon!
އަދި އެމީހުންގެ އަތުގައިވާ ފޮތް ތެދުކުރާ حال ﷲ ގެ حضرة ން އެމީހުންގެގާތަށް رَسُول ބޭކަލަކު ވަޑައިގެންނެވިހިނދު - އެބަހީ محمّد ﷺ - رَسُول ކަމާއިގެން ވަޑައިގެންނެވިހިނދުން ކުރިން ފޮތް ދެއްވުނު މީހުންކުރެ އެއްބަޔަކު ﷲ ގެފޮތް - އެބަހީ توراة - އެމީހުންގެ ފުރަގަހަށް އެއްލައިލައިފިއެވެ. އެމީހުން އެފޮތް ނުވެސް ދަންނަކަހަލައެވެ. (އެފޮތުގައިވެސް އެކަލޭގެފާނުންގެ ބައެއް خبر ވެއެވެ.)\n• ދަންނައެވެ. محمّد ﷺ ވަޑައިގަތުމުން އެކަލޭގެފާނަށް يهودي ންގެ އޭރުތިބި މީހުން حَسَدَ ވެރިވެ އެކަލޭގެފާނުން އަވަހާރަކޮށްލަން އެމީހުން އެކިގޮތްގޮތަށް އެކިފަހަރުފަހަރު އުޅުނުކަމުގެ ވާހަކަ ﷲ تعالى އެކަލާނގެ މާތް قرآن ގައި އަންގަވާފައިވެއެވެ. އޭގެ އެއް وَاقِعَة އެވަނީ حَشْر ސޫރަތުގެ ކުރީކޮޅުގެ އާޔަތްތަކުގައި بَيَان ކުރައްވާފައެވެ. އެއީ بَنُوا النّضِيْر ވަންހައިގެ މީހުންގެ ވާހަކައެވެ. والله أعلم.
-
2:102
وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَـٰطِينُ عَلَىٰ مُلْكِ سُلَيْمَـٰنَ ۖ وَمَا كَفَرَ سُلَيْمَـٰنُ وَلَـٰكِنَّ ٱلشَّيَـٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ
Wattabaʻoo maa- tatlush shayaaṭeenu ʻalaa mulki Sulaymaan. Wa-maa kafara Sulaymaanu wa-laakinnash shayaaṭeena kafaroo yuʻal-limoonan naasas siḥr, wa-maaa ʹuñzila ʻalal malakayni bi-Baabila Haaroota wa-Maaroot. Wa-maa yuʻallimaani min ʹaḥadin ḥattaa yaq̣oolaaa ʹinnamaa naḥnu fitnatuñ falaa takfur. Fayataʻal-lamoona minhumaa - maa yufarriq̣oona Bihee baynal marʹi wa-zawjih. Wa-maa hum̃ biḍaaarreena bihee min ʹaḥadin ʹillaa biʹiẓnil laah. Wa-yataʻallamoona maa- yaẓurruhum wa-laa yañfaʻuhum. Wa-laq̣ad ʻalimoo lamanish taraahu maa- lahoo fil ʹAakhirati min khalaaq̣. Wa-labiʹsa maa- sharaw biheee ʹañfusahum, law kaanoo yaʻlamoon.
އަދި އެމީހުން يعني يهودي ން سُلَيْمَانُ (عليه السّلام) ގެ ވެރިކަމާއިމެދު ން ދެއްކި ވާހަކަތަކާއި تَبَعَ ވީއެވެ. އަދި سُلَيْمَانُ (عليه السّلام) ކާފަރުވެވަޑައިނުގަންނަވައެވެ. އަދި އެކަމަކު ޝައިތާނުންތައް ކާފަރުވީއެވެ. އެސޮރުމެން މީސްތަކުންނަށް سحر އުގަންނައިދެއެވެ. އަދި بَابِلُ ކަރައަށް ވަޑައިގެންނެވި ދެ ملائكة ންކަމުގައިވާ هَارُوت އާއި مَارُوت އާއި ދެބޭކަލުންގެމައްޗަށް ބާވައިލެއްވުނު ތަކެތިވެސް އެސޮރުމެން މީސްތަކުންނަށް އުގަންނައިދެނީއެވެ. އަދި އެދެބޭކަލުން މީސްތަކުންނަށް އެތަކެތި އުގަންނަވައިދެއްވިއިރު "ތިމަންބޭކަލުން މިއުގަންނައިދޭ ތަކެއްޗަކީ فتنة އެކޭ މިއީ إمتحان އެކޭ މިދަސްކޮށްގެން ކަލޭ ކާފަރުނުވާށޭ"! މިހެން ވިދާޅުވެފައިމެނުވީ އެއްވެސްމީހަކަށް އެއްވެސް އެއްޗެއް އެދެބޭކަލުން އުގަންނައިނުދެއްވާކަމުގައިވިއެވެ. ދެންފަހެ އެމީހުން އެދެބޭކަލުންގެ އަރިހުން ފިރިމީހާއާއި އަނބިމީހާއާއި ދެމީހުން ދުރުކޮށް ވަކިކުރާނޭ ތަކެތި އުގެނުނެވެ. އިސްތިރި ވަރިތޮޅި އުގެނުނެވެ. އަދި އެދެބޭކަލުން ދަސްކޮށްދެއްވި ތަކެތީގެތެރޭގައި މީގެއިތުރުން سِحْر އާއި مُعْجِزَة އާއި ވަކިކުރާނެތަކެތިވެސް ވާކަމުގައިވިއެވެ. والله أعلم. އަދި އެބޭކަލުންގެ އަރިހުން އެތަކެތި ދަސްކުރިމީހުންނަށްވެސް އެތަކެތީން މީހަކަށް ގެއްލުމެއްދީ އުނދަގުލެއްދީ އުނދަގުލެއްކުރެވޭނޭކަމުގައި ﷲ ގެ اِذْنَ ފުޅަށްމެނުވީ ނުވެއެވެ. އެމީހުން އެދަސްކުރާތަކެއްޗަކީ އެމީހުންނަށް مَنْفَعَ އެއް ނުކުރާ އަދި ގެއްލުންކުރާ ތަކެތިކަމުގައިވިއެވެ. އެބަހީ آخرة ގައި އެމީހުންނަށް ހުރީ އެއިން ގެއްލުމާ ހަލާކެވެ. އެ عِلْمُ ން عمل ކޮށް سِحْر ގެ ފަންނުތަކުން ބާވަތެއް ބޭނުންކުރިމީހާއަށް آخرة ދުވަހުން އެއްވެސް ހެޔޮ نَصِيْب އެއް އަދި ސަލާމަތެއް ނެތްކަން ރަނގަޅަށް އެމީހުންނަށް އެނގިއްޖެއެވެ. އަދި ހަމަކަށަވަރުން އެމީހުންގެ ހަށިގަނޑުތައް އެއެއްޗަކަށް ވިއްކިއެތި ނުބައިވެގެންވެއެވެ. އެބަހީ އެމީހުންގެ ހަށިގަނޑުތައް ﷲ ގެ عَذَاب އަށް ދޫކޮށް އޭގެ ބަދަލުގައި އެމީހުން އެހޯދިއެތި ނުބައިވެގެންވެއެވެ. އެއީ سِحْر ހެދުމާއި ދުންޔަވީ ފައިދާއެކެވެ. އެކަން އެމީހުންނަށް އެނގޭނޭނަމައެވެ.
-
2:103
وَلَوْ أَنَّهُمْ ءَامَنُوا۟ وَٱتَّقَوْا۟ لَمَثُوبَةٌ مِّنْ عِندِ ٱللَّهِ خَيْرٌ ۖ لَّوْ كَانُوا۟ يَعْلَمُونَ
Wa-law ʹannahum ʹaamanoo wattaq̣aw lamas̤oobatum min ʻiñdil laahi khayr: law kaanoo yaʻlamoon.
އަދި އެމީހުންވެސް ﷲ އަށް އީމާންވެ تقوى ވެރިވީނަމަ އަދި ﷲ ގެ حضرة ން އެމީހުންނަށް ހުރި ثواب އާއި ދަރުމަ އެމީހުންނަށް އެނގޭނަމަ އެކަން އެމީހުންނަށް މާހެޔޮވެގެންވެއެވެ.
-
2:104
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقُولُوا۟ رَٰعِنَا وَقُولُوا۟ ٱنظُرْنَا وَٱسْمَعُوا۟ ۗ وَلِلْكَـٰفِرِينَ عَذَابٌ أَلِيمٌ
Yaaaʹayyuhal lazeena ʹaamanoo laa- taq̣ooloo raaʻinaa wa-q̣ooluñ z̤̣urnaa wasmaʻoo. Wa-lil-Kaafireena ʻaẓaabun ʹaleem.
އޭ އީމާންވެގެންވާމީހުންނޭވެ! ކަލޭމެން ކަލޭމެންގެ رَسُول ގެ އަރިހުގައި رَاعِنَا އޭ ނުދަންނަވާށެވެ! އަދި أنْظُرْنَا މިހެން ދަންނަވާށެވެ! އަދި އެކަލޭގެފާނު ވިދާޅުވާއެއްޗެއް ކަނުލައި އަހާށެވެ! އަދި ކާފަރުންނަށް ހުރި ވޭންދެނިވި عَذَاب އެކެވެ. • ދަންނައެވެ! رَاعِنَا ގެ كلمة އަކީ يَهودي ންގެ ގާތުގައި ހުތުރު ބަހަކަށްވެގެން أصحاب ބޭކަލުން އެބަސް ދެންނެވުމުން يهودي ން އެކަމާ މަލާމާތްކުރަން ފެށުމުން ﷲ تعالى مؤمن ންނަށް އެންގެވީ އެބަސް ނުކިޔައި އެބަހުގެ مَقَام ގައި އެއަށްވުރެ މާރަނގަޅު މާތްބަހެއް ދެންނެވުމަށެވެ. އެއީ أنْظُرْنَا މިއެވެ. މިބަހުގެ މާނައަކީ وحي ގެ ބަސްފުޅުތައް ވިދާޅުވަމުންދާއިރު އަޅުގަނޑުމެންނަށް ވިސްނޭވަރުން އަޅުގަނޑުމެންނަށްޓަކައި إنْتِظَار ކޮށްލައްވަމުން ގެންދަވާށެވެ! رَاعِنَا އިންވެސް ދޭންއުޅެނީ ހަމަގާތްގަނޑަކަށް އެ މާނައެވެ. ނަމަވެސް يهوديންގެ ގާތުގައި އެބަހަކީ ހުތުރުބަހަކަށްވީހިނދުން އެބަސް ނުކިއުމަށް އެންގެވީއެވެ. والله أعلم.
-
2:105
مَّا يَوَدُّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَلَا ٱلْمُشْرِكِينَ أَن يُنَزَّلَ عَلَيْكُم مِّنْ خَيْرٍ مِّن رَّبِّكُمْ ۗ وَٱللَّهُ يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
Maa- yawaddul laẓeena kafaroo min ʹAhlil Kitaabi wa-lal Mushrikeena ʹañy yunazzala ʻalaykum min khayrim mir Rabbikum. Wallaahu yakhtaṣṣu biraḥmatihee mañy yashaaaʹ: Wallaahu Ẓul Faḍlil ʹaz̤̣eem.
أهل كتاب ންގެތެރެއިން އެބަހީ يهودي ންނާއި نَصَارى އިންގެތެރެއިން ކާފަރުވީމީހުންނާއި އަދި ސީދާ އޮރިޖިނަލް مُشْرك ން ކަލޭމެން مؤمن ންނަށް ކަލޭމެންގެ رَبّ ގެ حضرة ން އެއްވެސް ހެވެއް ހެޔޮކަމެއް ބާވައިލެއްވުމަކަށް ލޯތްބެއް ނުކުރެއެވެ. ނޭދެއެވެ. އަދި އެހެންނަމަވެސް ﷲ تعالى އެދިވޮޑިގަންނަވާ އަޅަކު އެކަލާނގެ رحمة ގައި خاصّ ކުރައްވާ إختيار ކުރައްވައެވެ. މީގެމާނައީ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް رَسول ކަމާއި نبي ކަން އެކަލާނގެ ދެއްވައެވެ. އަދި ﷲ އީ ބޮޑުވެގެންވާ فَضْلَ ވަންތަކަމުގެވެރި ކަލާނގެއެވެ.
-
2:106
۞ مَا نَنسَخْ مِنْ ءَايَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَآ أَوْ مِثْلِهَآ ۗ أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Maa- nañsakh min ʹaayatin ʹaw nuñsihaa naʹti bikhayrim minhaaa ʹaw mis̤lihaa: ʹalam taʻlam ʹannal laaha ʻalaa kulli shayʹiñ Q̣adeer?
ތިމަންރަސްކަލާނގެ މިކީރިތި قرآن ން އާޔަތެއް مَنْسُوخ ކުރެއްވިޔަސް އަދި ނުވަތަ ހަނދާންނައްތުވާލެއްވިޔަސް އެއަށްވުރެ ހެޔޮ آية އެއް ނުވަތަ ހަމައެފަދަ އެހެން آية އެއް ތިމަންރަސްކަލާނގެ ގެންނަވާހުށީމެވެ. ﷲ ހުރިހައިކަމަކަށް ކުޅަދުންވަންތަވެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާނެއެވެ.
-
2:107
أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ
ʹAlam taʻlam ʹannal laaha lahoo mulkus samaawaati wal-ʹarḍ? Wa-maa lakum miñ doonil laahi miñw waliyyiñw walaa naṣeer.
އުޑުތަކާއި ބިމުގައިވާހާތަކެތި ﷲ އަށް مِلْكُ ވެ އެކަލާނގެއަށް خَاصّ ވެގެންވާކަން ކަލޭގެފާނު ދެނެވަޑައިގެންނުވަމުތޯއެވެ؟ އެބަހީ ދެނެވަޑައިގެންވާނެއެވެ. އަދި ﷲ ފިޔަވައި އެއްވެސްސަހަރޯވެރިއަކު އަދި نَصْر ވެރިއަކުވިޔަސް ކަލޭމެންނަކަށް ނުވެއެވެ.
-
2:108
أَمْ تُرِيدُونَ أَن تَسْـَٔلُوا۟ رَسُولَكُمْ كَمَا سُئِلَ مُوسَىٰ مِن قَبْلُ ۗ وَمَن يَتَبَدَّلِ ٱلْكُفْرَ بِٱلْإِيمَـٰنِ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ
ʹAm tureedoona ʹañ tasʹaloo Rasoolakum kamaa suʹila Moosaa miñ q̣abl? Wa-mañy yatabaddalil kufra bil-ʹeemaani faq̣ad ḍalla sawaaaʹas sabeel.
(އޭ މީސްތަކުންނޭވެ!) މީގެކުރިން موسى عليه السّلام އާއި ސުވާލުވެވުނުގޮތަށް ކަލޭމެންގެ رَسُول އާ އާއި ސުވާލުކުރަން ކަލޭމެން އެދެނީހެއްޔެވެ؟ އަދި އީމާންކަން ކާފަރުކަމަށް ބަދަލުކޮށްފިމީހާ يعني އީމާންވުމަށްފަހު ކާފިރުވެ مُرْتَدُّ ވެއްޖެމީހާ ހަމަކަށަވަރުންވެސް އެމީހާ ސީދާމަގުން ކައްސައިލާ މަގުފުރެދިއްޖެކަން يقين އެވެ.
-
2:109
وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَـٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَـٰنِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ ۖ فَٱعْفُوا۟ وَٱصْفَحُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦٓ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Wadda kas̤eerum min ʹAhlil Kitaabi law yaruddoonakum mim baʻdi ʹeemaanikum kuffaaran, ḥasadam min ʻiñdi añfusihim mim baʻdi maa- tabayyana lahumul Ḥaq̣q̣. Faʻfoo waṣfaḥoo ḥattaa yaʹ-tiyal laahu biʹamrih: ʹinnal laaha ʻalaa kulli shayʹiñ Q̣adeer.
(އޭ مؤمن ންނޭވެ!) يَهُودي ންނާއި نَصَارى އިންކުރެ ގިނަބަޔަކު ކަލޭމެން مؤمن ން އީމާންވުމަށްފަހު އަލުންވެސް ކާފަރުކަމުގެތެރެއަށް އަނބުރާ ގެންދިއުމަށް ލޯބިކުރެއެވެ. އެއީ އެމީހުންގެ نفس ތަކުގައި އުފެދިފައިވާ حَسَدَ ވެރިކަމާއި ރުޅިވެރިކަމުގެ ސަބަބުންނެވެ. އަދި އެމީހުން އެފަދަ حَسَدَ އެއް އެވަނީ އެމީހުންނަށް حَقُّ ރަނގަޅަށް بَيَان ވެ އެނގުމަށްފަހުގައެވެ. (محمّد ﷺ އެއީ ހަމަ حقّ ނަބިއްޔާކަން އެމީހުންގެ ފޮތުންވެސް ރަނގަޅަށް بَيَان ވެ އެނގުމަށް ފަހުގައެވެ.) އޭ مؤمن ންނޭވެ. ކަލޭމެން އެމީހުންގެ އެނުބައިކަމަށް އިހަށް އަޅާނުލާށެވެ. عَفُوء ކުރުންމަތީދެމިތިބޭށެވެ! އެމީހުންނާ ދިމާކުރުމުގެ أمر ފުޅު ﷲ ގެ حضرة ން އަންނާދެންނެވެ. ހަމަކަށަވަރުން ކޮންމެކަމެއްގެ މައްޗަށްވެސް ﷲ تعالى ކުޅަދުންވަންތަވެވޮޑިގެންވެއެވެ. • ދަންނައެވެ! މިމީހުންނާ ހަނގުރާމަކުރުމުގެ آية ފަހުން ބާވައިލައްވާ ކުރީ حكم مَنْسُوخ ކުރެއްވިއެވެ. އެއާޔަތަކީ، قَـٰتِلُوا۟ ٱلَّذِينَ لَا يُؤْمِنُونَ بِٱللَّهِ وَلَا بِٱلْيَوْمِ ٱلْـَٔاخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حَتَّىٰ يُعْطُوا۟ ٱلْجِزْيَةَ عَن يَدٍ وَهُمْ صَـٰغِرُونَ. މިއާޔަތެވެ. އެއީ توبة ސޫރަތުގެ 29 ވަނަ އާޔަތެވެ.)
-
2:110
وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ ٱللَّهِ ۗ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ
Wa-ʹaq̣eemuṣ Ṣalaata wa-ʹaatuz Zakaah: wa-maa tuq̣addimoo liʹañfusikum min khayriñ tajidoohu ʻiñdal lah: ʹinnal laaha bimaa taʻmaloona Baṣeer.
(އޭ مؤمن ންނޭވެ!) ކަލޭމެން ނަމާދު قائم ކޮށް زكاة ދީހަދާށެވެ! އަދި ކަލޭމެންގެ އަމިއްލަ نفس ތަކަށްޓަކައި ކަލޭމެންކުރި ކޮންމެ ހެޔޮކަމެއް (ދަންނައެވެ!) އެކަމުގެ ދަރުމަޔާ ثواب ﷲ ގެ حضرة ން ކަލޭމެން ދެކޭނެއެވެ. ހަމަކަށަވަރުން ކަލޭމެން ކުރާކަންތައްތަކަށް ﷲ ބައްލަވާވޮޑިގެންވެއެވެ.
-
2:111
وَقَالُوا۟ لَن يَدْخُلَ ٱلْجَنَّةَ إِلَّا مَن كَانَ هُودًا أَوْ نَصَـٰرَىٰ ۗ تِلْكَ أَمَانِيُّهُمْ ۗ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ
Wa-q̣aaloo lañy yadkhulal Jannata ʹillaa mañ kaana Hoodan ʹaw Naṣaaraa. Tilka ʹamaaniyyuhum. Q̣ul haatoo burhaanakum ʹiñ kuñtum ṣaadiq̣een.
އަދި އެމީހުން ބުންޏެވެ. يهودي ންނާ نَصَارى އިން ބުންޏެވެ. يَهُودي އަކުކަމުގައި ނުވަތަ نَصَارى އަކު ކަމުގައިވީމީހަކުމެނުވީ ސުވަރުގެ ނުވަންނާނެއެވެ. އެއީ އެމީހުން އެދޭގޮތެވެ. އެމީހުންގެ أمّيد އެވެ. އޭ رَسُول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނީ ތެދުވެރިންކަމުގައި ވަންޏާ ކަލޭމެންގެ ތިޔަބަސް ތެދުކަމުގެމައްޗަށް ނިކަން دليل ގެނަސްބަލާށެވެ! (އެއްވެސް دليل އެއް ނޯންނާނެއެވެ. ހަމަހުސް ކޮސް ވާހަކައެވެ. ބޭކާރުވާހަކައެވެ.)
-
2:112
بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
Balaa, man ʹaslama wajhahoo lillaahi wa-huwa muḥsinuñ falahooo ʹajruhoo ʻiñda Rabbih; wa-laa khawfun ʻalayhim wa-laa hum yaḥzanoon.
އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ! إحسان ތެރިވެގެންވާ حال އެމީހަކު ﷲ އަށް ކިޔަމަންތެރިވެއްޖެ ކޮންމެމީހަކު ކޮންމެ نَسْل އެއްގެމީހަކުނަމަވެސް ﷲ ގެ حضرة ގައި އެމީހަކަށްވާ ދަރުމަޔާ ސަވާބު ހުއްޓެވެ. އަދި އެފަދަ މީހުންނަށް އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި ހިތާމަކުރާނޭބަޔަކުކަމުގައިވެސް އެމީހުން ނުވެއެވެ.
-
2:113
وَقَالَتِ ٱلْيَهُودُ لَيْسَتِ ٱلنَّصَـٰرَىٰ عَلَىٰ شَىْءٍ وَقَالَتِ ٱلنَّصَـٰرَىٰ لَيْسَتِ ٱلْيَهُودُ عَلَىٰ شَىْءٍ وَهُمْ يَتْلُونَ ٱلْكِتَـٰبَ ۗ كَذَٰلِكَ قَالَ ٱلَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ۚ فَٱللَّهُ يَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ
Wa-q̣aalatil Yahoodu laysatin Naṣaaraa ʻalaa shayʹ; wa-q̣aalatin Naṣaaraa laysatil Yahoodu ʻalaa shayʹiñw wa- hum yatloonal Kitaab. Kaẓaalika q̣aalal laẓeena laa- yaʻlamoona mis̤la q̣awlihim. Fallaahu Yaḥkumu baynahum Yawmal Q̣iyaamati feemaa kaanoo feehi yakhtalifoon.
އަދި يَهُودي ން ބުންޏެވެ. نَصَارى އިންވަނީ އެއްވެސް دين އެއްގައެއްނޫނެވެ. އަދި نَصَارى އިން ބުނީ يهودي ންވަނީ އެއްވެސް دين އެއްގައެއްނޫނެވެ. އެދެބައިމީހުންވެސް އެހެން އެބުނަނީ އެމީހުން ފޮތް ކިޔަވާ އުޅޭ حال ގައެވެ. تَوراة އައި إنجيل ކިޔަވާ حال ގައެވެ. އެއްވެސްފޮތެއްގެ أهل ވެރިންކަމުގައި ނުވާ ނުދަންނަމީހުންވެސް ބުނަނީ ހަމަ މިމީހުންވެސް އެބުނާގޮތަށެވެ. ދެންފަހެ قيامة ދުވަހުން އެބައިމީހުން އެދެބަސްވެ إختلاف ވާ ކަންކަމާމެދު ﷲ تعالى حكم ކުރައްވާހުއްޓެވެ.
-
2:114
وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَـٰجِدَ ٱللَّهِ أَن يُذْكَرَ فِيهَا ٱسْمُهُۥ وَسَعَىٰ فِى خَرَابِهَآ ۚ أُو۟لَـٰٓئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَآ إِلَّا خَآئِفِينَ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ
Wa-man ʹaz̤̣lamu mimmam manaʻa masaajidal lahi ʹañy yuẓkara feehas muhoo wa-saʻaa fee kharaabihaa? ʹUlaaaʹika maa- kaana lahum ʹany yadkhuloohaaa ʹillaa khaaaʹifeen. Lahum fid dunyaa khizyuñw wa-lahum fil ʹAakhirati ʻaẓaabun ʻaz̤̣eem.
ﷲ ގެ މިސްކިތްތައް މަނާކުރާމީހުންނަށްވުރެ އަނިޔާވެރިކަންބޮޑީ ފަހެކާކުހެއްޔެވެ؟ ކޮންބައެއްހެއްޔެވެ؟ އެއަށްވުރެ އަނިޔާވެރިބަޔަކު ނުވެއެވެ. އެމިސްކިތްތަކަކީ އެތަންތާނގައި ﷲ އަށް ذِكْرُ ކުރެވޭ ތަންތަނެވެ. އަދި އެމީހުންނަކީ އެމިސްކިތްތައް ހަލާކުކުރުމަށް މަސައްކަތްކުރާމީހުންނެވެ. (އެމީހުންނަކީ نَصَارى އިންކަމާއި އެމީހުން بُخْتُنَصَر އާއި އެހީވެ بَيْتُ الْمَقْدِس ހަލާކުކޮށް بَنِي إسْرَائيل ގެ مؤمن ން އެމިސްކިތަށް ވަނަނުދީ مَنَعَ ކުރިކަމުގައި طَبَرَى ގެ تفسير ގައި بَيَان ކުރައްވާ އެގޮތަށް تائيد ކުރައްވާފައިވެއެވެ. އަދި އެމީހުން އެބަހީ نَصَارى އިން ނުވަތަ رومى ން އެ بَيْتُ الْمَقْدس އަށް ވަންނަނީ ބިރުން ތިބެގެންކަމުގައިވިއެވެ. އެއީ އެއިންމީހަކު مؤمنއަކަށް ފެނި އަތުލައިގަނެވޭގޮތްވެއްޖެއްޔާ އަތުލާ ބޯކަނޑައިލާތީއެވެ. އެމީހުންނަށް ދުނިޔޭގައި ހުރީ ދެރަކަމާއި ނިކަމެތިކަމެވެ. އަދި آخرة ގައި އެމީހުންނަށް ހުންނަހުރީ ބޮޑުވެގެންވާ عَذَاب އެކެވެ. • ދަންނައެވެ. بَيْتُ الْمَقْدس ނޫންކަމަކު ﷲ އަށް އަޅުކަން ކުރެވޭ ކޮންމެ މިސްކިތަކަށް އަނިޔާވެރިވެ ހަލާކުކޮށް އެތަންތާ އަޅުކަންކުރާމީހުން އަޅުކަންކުރިޔަނުދީ مَنَعَ ކުރާ ކޮންމެމީހަކަށް އެފަދަ ދެރަކަމާއި عَذَاب ހުންނާނެކަމުގައިވެއެވެ. والله أعلم.
-
2:115
وَلِلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا۟ فَثَمَّ وَجْهُ ٱللَّهِ ۚ إِنَّ ٱللَّهَ وَٰسِعٌ عَلِيمٌ
Wa-lillaahil Mashriq̣u wal-Mag̣rib: Faʹaynamaa tuwalloo fas̤amma Wajhul laah. ʹInnal laaha Waasiʻun ʻAleem.
އަދި مَشْرِقُ ފަރާތާއި مَغْرِب ފަރާތް مِلْكُ ވެ خَاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެބަހީ މުޅި ދުނިޔެވެސް އެއީ ﷲ އަށް خَاصّ ވެގެންވާ އެއްޗެކެވެ. ފަހެ ކަލޭމެން ކުރިމަތިލީ ކޮންމެދިމާއެއްގައިވެސް ﷲ ގެ وَجْهُ ފުޅުވެއެވެ. قِبْلَة ވެއެވެ. سنّة ނަމާދު ކުރުމަށް ކުރިމަތިލީ ކޮންމެ ދިމާއެއްގައި އެއީ ހަމަ قِبْلَة އެވެ. މިއީ ދަތުރުމަތީގައި سنّة ނަމާދުކުރުމުގައި އޮތްކަމެކެވެ. ނުވަތަ خَوْفُ ނަމާދުގައިވެސް އޮތްކަމެކެވެ. ނުވަތަ قِبْلَة އާއިމެދު إجْتِهَاد ކޮށް ނުބައި ދިމާއަކަށް ނަމާދުކުރެވުނުނަމަވެސް ކަމުދާނެކަމުގެ دليل އެވެ. ހަމަކަށަވަރުން ﷲ އީ އަޅުތަކުންގެމައްޗަށް އެކަލާނގެ فَضْلَ ވަންތަކަން ތަނަވަސްވެވޮޑިގެންވާ ކަލާނގެއެވެ. އަދި އަޅުތަކުންގެ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
2:116
وَقَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ۗ سُبْحَـٰنَهُۥ ۖ بَل لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ كُلٌّ لَّهُۥ قَـٰنِتُونَ
Wa-q̣aalut takhaẓal laahu waladañ Subḥaanah! Bal lahoo maa- fis samaawaati wal-ʹarḍ: kullul lahoo q̣aanitoon.
އަދި އެމީހުން (يعني يهودي އިންނާއި نَصَارى އިން) ބުނީ ﷲ تعالى ދަރިކަލަކު إخْتِيَار ކުރެއްވިކަމަށެވެ. ނަމަވެސް އެފަދަ އެންމެހައި އުނިސިފައަކުން އެކަލާނގެ ހުސް طَاهر ވަންތަވެވޮޑިގެންވެއެވެ. އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ. އުޑުތަކާއި ބިމުގައިވާހާތަކެތި مِلْكُ ވެ خاصّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އެންމެހައިތަކެތި ކިޔަމަންތެރިވެ އަޅުދާސްވުން ވާޖިބުވެގެންވަނީ ހަމަ އެކަލާނގެއަށެވެ.
-
2:117
بَدِيعُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
Badeeʻus samaawaati wal-ʹarḍ: wa-ʹiẓaa q̣aḍaaa ʹamrañ faʹinnamaa yaq̣oolu lahoo ˹Kuñ˺ fayakoon.
އެކަލާނގެއީ އިސްވެދިޔަ އެއްވެސް މިސާލެއްނެތި ހަމަ އަލަށް އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. އަދި އެކަލާނގެ ކަމެއް ނިޔާކުރައްވަންޏާ، އެއްޗެއް ހެއްދެވުމަށް އިރާދަކުރައްވަންޏާ އެއެއްޗަކަށް ނުވަތަ އެކަމަކަށް ވާށޭ މިހެން وحي ކުރައްވައެވެ. ދެން އެހައިރުން އެކަމެއް އެވީއެވެ. އެއެއްޗެއް އެއުފެދި ނިމުނީއެވެ.
-
2:118
وَقَالَ ٱلَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا ٱللَّهُ أَوْ تَأْتِينَآ ءَايَةٌ ۗ كَذَٰلِكَ قَالَ ٱلَّذِينَ مِن قَبْلِهِم مِّثْلَ قَوْلِهِمْ ۘ تَشَـٰبَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا ٱلْـَٔايَـٰتِ لِقَوْمٍ يُوقِنُونَ
Waq̣aalal laẓeena laa- yaʻlamoona law-laa yukallimunal laahu ʹaw taʹteenaaa ʹAayah? Kaẓaalika q̣aalal laẓeena miñ q̣ablihim mis̤la q̣awlihim. Tashaabahat q̣uloobuhum. Q̣ad bayyannal ʹaayaati liq̣awmiñy yooq̣inoon.
އަދި ތަންދޮރު ނޭނގޭމީހުން ބުނެއެވެ. ތަނެއްދޮރެއް ނޭނގި عيسى عليه السّلام އަކީ ﷲ ގެ ދަރިކަލުންނޭ ބުނާ نصارى އިން ބުނެއެވެ. ﷲ އަހުރެމެންނަށް ބަސްފުޅު وحي ކުރައްވާނެނަމައެވެ. محمّد ﷺ އެއީ حقّ نبي އަކުކަމުގައި އަހުރެމެނަށްވެސް ބަސްފުޅު އިއްވެވިނަމައެވެ. ނުވަތަ އެއީ حقّ نبي އަކުކަމުގެ دليل އެއް / مُعْجِزَة އެއް އަހުރެމެންނަށް ގެނަސްދެއްވިނަމައެވެ. ފަހެ އެމީހުންގެ ކުރީގެ يهودي ންވެސް ބުނީ ހަމަ އެމީހުން އެބުނިގޮތަށެވެ. އެހެނީ يهودي ން موسى عليه السّلام ގެ އަރިހުން އެބާވަތުގެ އެތައްކަމެއް އެދުނެވެ. ފާޅުގައި ﷲ އެމީހުންނަށް ދެއްކެވުމަށް އެދުނެވެ. އެމީހުންގެ ބަހާއި މި نصارى އިންގެ ބަހާއި ދާދިއެއްގޮތެވެ. އެއްވައްތަރުވެގެންވެއެވެ. ހަމަކަށަވަރުން ކަންކަމާމެދު ވިސްނާ حقيقة يقين ކުރާބަޔަކަށް ކަނޑައެޅި ބަޔާންވެގެންވާ دليل ތިމަންރަސްކަލާނގެ بيان ކުރެއްވީމެވެ. يهودي ންނަށް ކޯފާވެވޮޑިގެންނެވިކަމުގެ دليل بَيَان ކުރެއްވީމެވެ.
-
2:119
إِنَّآ أَرْسَلْنَـٰكَ بِٱلْحَقِّ بَشِيرًا وَنَذِيرًا ۖ وَلَا تُسْـَٔلُ عَنْ أَصْحَـٰبِ ٱلْجَحِيمِ
ʹInnaaa ʹarsalnaaka bilḥaq̣q̣i basheerañw wanaẓeera wa-laa tusʹalu ʻan ʹAṣḥaabil Jaḥeem.
އޭ رَسول ﷲ އެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު رَسُول ކަމާއިގެން ފޮނުއްވީ ސުވަރުގޭގެ ވާހަކައިން އުފާވެރި خبر ދެއްވާ އަދި ނަރަކައިގެ ވާހަކަ އިން ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. (ދެން ކަލޭގެފާނު رَسُولކަން އިއްވެވުމަށްފަހު ނަރަކަވަންތަވެރިން އެކުރާ ނުބައިކަންތަކާމެދު ކަލޭގެފާނާއި ސުވާލު ނުވެވޭނެއެވެ. (ކަލޭގެފާނުންގެ مَسئولية އަކީ ފުރިހަމަކޮށް އިއްވައި ދެއްވުމެވެ.)
-
2:120
وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَـٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۗ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ ٱلَّذِى جَآءَكَ مِنَ ٱلْعِلْمِ ۙ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ
Wa-lañ tarḍaa ʻañkal Yahoodu wa-lan Naṣaaraa ḥattaa tattabiʻa millatahum. Q̣ul ʹinna Hudal laahi huwal Hudaa. Wa-laʹinit tabaʻta ʹahwaaaʹahum baʻdal laẓee jaaaʹaka minal ʻilmi maa- laka minal laahi miñw waliyyiñw walaa naṣeer.
އަދި يهودي ން ވިޔަސް އަދި نَصَارى ކަމުގައިވިޔަސް އެމީހުންގެ دينއާއި ކަލޭގެފާނު تَبَعَ ވެވަޑައިގެންފުމަށްދާންދެން އެމީހުން ކަލޭގެފާނަކާއި ނުރުހޭނެއެވެ. ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! حقيقى ތެދުމަގަކީ ހަމަ ﷲ ގެތެދުމަގެވެ. އަދި ކަލޭގެފާނަށް عِلْم އާއި وحي ގެތެރެއިން މިއައިތަކެއްޗަށްފަހު ދެން ކަލޭގެފާނު އެމީހުންއެދޭގޮތާއި تبع ވެ ވަޑައިގެންފިއްޔާ ﷲގެ حضرة ން ކަލޭގެފާނަށް އެއްވެސްސަހަރޯވެރިއަކު އަދި نصر ވެރިއަކު ނުވާނެއެވެ.
-
2:121
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَتْلُونَهُۥ حَقَّ تِلَاوَتِهِۦٓ أُو۟لَـٰٓئِكَ يُؤْمِنُونَ بِهِۦ ۗ وَمَن يَكْفُرْ بِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ
ʹAllaẓeena ʹaataynaahumul Kitaaba yatloonahoo ḥaq̣q̣a tilaawatih: ʹUlaaaʹika yuʹminoona bih. Wa-mañy yakfur bihee faʹulaaaʹika humul khaasiroon.
އެބައިމީހުންނަށް ތިމަންރަސްކަލާނގެ ފޮތްދެއްވި (ތެދުވެރި مؤمن ން) حَقّ ގޮތުގައި އެފޮތް ކިޔަވައެވެ. އެފޮތަށް تَبَعَ ވެއެވެ. އެއީ އެފޮތް ތެދުކޮށް އެފޮތަށް އީމަންވާމީހުންނެވެ. އަދި އެފޮތަށް ކާފަރުވާމީހުން ދަންނައެވެ. ކަނޑައެޅިގެން އެއީ ގެއްލި ހަލާކުވެގެންވާމީހުންނެވެ.
-
2:122
يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَـٰلَمِينَ
Yaa-Baneee ʹIsraaaʹeelaẓ kuroo niʻmatiyal lateee ʹanʻamtu ʻalaykum wa-ʹannee faḍḍaltukum ʻalal ʻaalameen.
އޭ بَنِي إِسْرَائيل ންނޭވެ! ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވި ތިމަންރަސްކަލާނގެ نِعْمَة ކަލޭމެން ހަނދާންކުރާށެވެ! އަދި ހަމަކަށަވަރުން އޭރު ތިބި އެންމެހައި މީސްތަކުންގެމައްޗަށް ތިމަންރަސްކަލާނގެ ކަލޭމެން މާތް ކުރެއްވީމެވެ.
-
2:123
وَٱتَّقُوا۟ يَوْمًا لَّا تَجْزِى نَفْسٌ عَن نَّفْسٍ شَيْـًٔا وَلَا يُقْبَلُ مِنْهَا عَدْلٌ وَلَا تَنفَعُهَا شَفَـٰعَةٌ وَلَا هُمْ يُنصَرُونَ
Wattaq̣oo Yawmal laa tajzee nafsun ʻan nafsiñ shayʹañw walaa yuq̣balu minhaa ʻadluñw Walaa tañfaʻuhaa shafaaʻatunw walaa hum yuñṣaroon.
އަދި އެއްވެސް نَفْس އަކަށް އަނެއް نَفْس އެއްގެ ފަރާތުން އެއްވެސްކަމެއް ފުއްދައިނުދެވޭ، އަދި ފާފަވެރި އެއްވެސް نَفْس އެއް އެއިން ސަލާމަތްވުމަށް އެއްވެސް فِدْيَة އެއް قبول ނުކުރެވޭ އަދި އެފަދަ نَفْس އަކަށް شَفَاعَة އެއްގެ އެއްވެސް مَنْفَعَ އެއް ނުކުރާ ދުވަހަކަށް ކަލޭމެން ބިރުވެތިވާށެވެ! އަދި އެފަދަ ފާފަވެރި نَفْس ތަކުގެ أهل ވެރިންނީ نَصْر ލިބޭނޭ ބަޔަކުކަމުގައި ނުވެއެވެ. އެއީ قيامة ދުވަހެވެ.
-
2:124
۞ وَإِذِ ٱبْتَلَىٰٓ إِبْرَٰهِـۧمَ رَبُّهُۥ بِكَلِمَـٰتٍ فَأَتَمَّهُنَّ ۖ قَالَ إِنِّى جَاعِلُكَ لِلنَّاسِ إِمَامًا ۖ قَالَ وَمِن ذُرِّيَّتِى ۖ قَالَ لَا يَنَالُ عَهْدِى ٱلظَّـٰلِمِينَ
Wa-ʹiẓib talaaa ʹIbraaheema Rabbuhoo bi-Kalimaatiñ faʹatammahunna: q̣aala ʹInnee jaaʻiluka linnaasi ʹImaamaa. Q̣aala wa-miñ ẓurriyyatee! Q̣aala laa- yanaalu ʻahdiz̤̣ z̤̣aalimeen.
އަދި إبراهيم عليه السّلام އެކަލޭގެފާނުންގެ رَبُّ އެތައްއެތައް أمر ފުޅުތަކަކުން އެކަލޭގެފާނު إمتحان ކުރެއްވިހިނދު ހަނދުމަފުޅުކުރައްވާށެވެ! ފަހެ އެކަލޭގެފާނު އެހުރިހާކަމެއް ފުރިހަމަ ކުރައްވައި ފާސްވެވަޑައިގެންނެވިއެވެ. އޭގެ ނަތީޖާއެއްގެގޮތުން އެކަލާނގެ އެކަލޭގެފާނަށް وحي ކުރެއްވިއެވެ. ހަމަކަށަވަރުން މީސްތަކުންނަށްވާ إمام އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލައްވާހުށީމެވެ. އެކަލޭގެފާނު ދެންނެވިއެވެ. މިއަޅާގެ ދަރިފަސްކޮޅުންވެސް إمام ން ލައްވާނދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ إمام ކަން ނުދެއްވާހުށީމެވެ. (مُشْرِكُ ންނަށް އިމާމުކަން ނުދެއްވާ ހުށީމެވެ.)
-
2:125
وَإِذْ جَعَلْنَا ٱلْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا وَٱتَّخِذُوا۟ مِن مَّقَامِ إِبْرَٰهِـۧمَ مُصَلًّى ۖ وَعَهِدْنَآ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ أَن طَهِّرَا بَيْتِىَ لِلطَّآئِفِينَ وَٱلْعَـٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ
Wa-ʹiẓ jaʻalnal Bayta mas̤aabatal linnaasi wa-ʹamnaa; wattakhiẓoo mim Maq̣aami ʹIbraaheema muṣallaa: wa-ʻahidnaaa ʹilaaa ʹIbraaheema wa-ʹIsmaaʻeela ʹañ ṭahhiraa Baytiya liṭṭaaaʹifeena walʻaakifeena warrukkaʻis sujood.
އަދި كَعْبَة ﷲ - يعني ގެފުޅު އެއީ މީސްތަކުން ރައްކާތެރިވެ ސަލާމަތްވުމަށް رُجُوعَ ވާ ތަނެއްކަމުގައްޔާއި އަމާންވެގެންވާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި إبراهيم عليه السّلام ގެ مَقام ގައި ކަލޭމެން ނަމާދު ކުރާށެވެ! (އެއީ طَواف ގެ ދެ رَكعة އެވެ. އެތާގައި އެދެ ركعة ކުރެވޭގޮތް ދިމާވެއްޖެ މީހާއަށް އެގޮތް މޮޅުއިތުރުވެގެންވެއެވެ. އެހެންނޫންނަމަ މުޅި حَرَمُ ގެ ކޮންމެތަނެއްގައިވެސް އެދެ ركعة ކުރުން ހުއްދައެވެ.) އަދި إبراهيم އާއި إسماعيل (عليهما السّلام) އާއި ދެކަލުންވެގެން طَواف ކުރާމީހުންނަށާއި إعْتِكَاف ވާމީހުންނަށާއި އަދި رُكُوع سُجُود ކުރާ މީހުންނަށް އެބަހީ އަޅުކަންކުރާ މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ ގެފުޅު طَاهِر ކުރެއްވުމަށް އެދެބޭކަލުންނަށް ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.
-
2:126
وَإِذْ قَالَ إِبْرَٰهِـۧمُ رَبِّ ٱجْعَلْ هَـٰذَا بَلَدًا ءَامِنًا وَٱرْزُقْ أَهْلَهُۥ مِنَ ٱلثَّمَرَٰتِ مَنْ ءَامَنَ مِنْهُم بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلًا ثُمَّ أَضْطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِ ۖ وَبِئْسَ ٱلْمَصِيرُ
Wa-ʹiẓ q̣aala ʹIbraaheemu Rabbij ʻal haaẓaa Baladan ʹAaminañw warzuq̣ ʹahlahoo minas̤ s̤amaraati man ʹaamana minhum̃ billaahi wal-Yawmil ʹAakhir. Q̣aala wa-mañ kafara faʹumattiʻuhoo q̣aleelañ s̤umma ʹaḍṭarruhoo ʹilaa ʻaẓaabin Naar, wa-biʹsal maṣeer!
އަދި إبراهيم (عليه السّلام) އެކަލޭގެފާނުންގެ رَبّ އަށް ދެންނެވިހިނދު ހަނދުމަފުޅު ކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! މި مَكَّة މިއީ އަމާން ރަށެއްކަމުގައި ލައްވާފާނދޭވެ! އަދި އެރަށުގެ أهل ވެރިންނަށް ގަސްގަހާގެހީގެ رزق ގެތެރެއިން ދެއްވާނދޭވެ! އެއީ އެމީހުންކުރެ ﷲ އަށާއި آخرة ދުވަހަށް އީމާންވާބަޔަކަށެވެ. އެކަލާނގެ وحي ކުރެއްވިއެވެ. އެމީހުންގެތެރެއިން ކާފަރުވެއްޖެމީހާ ދަންނައެވެ. ފަހެ ތިމަންރަސްކަލާނގެ އެމީހާއަށް ދުނިޔޭގައި ދާދި ކުޑައަރާމުކޮޅެއް ދެއްވައި ކުޑަމިންވަރެއްގެ އެތިކޮޅެއްދެއްވާ ހުށީމެވެ. ދެން އޭގެފަހުގައި އެމީހަކަށް މަޖްބޫރުކުރައްވާހުށީ އަލިފާނުގެ عَذَاب އަށް ދިއުމަށެވެ. އަދި އެއީ ނުބައިވެގެންވާ ތަނެކެވެ.
-
2:127
وَإِذْ يَرْفَعُ إِبْرَٰهِـۧمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَـٰعِيلُ رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
Wa-ʹiẓ yarfaʻu ʹIbraaheemul q̣awaaʻida minal Bayti wa-ʹIsmaaʻeel: Rabbanaa taq̣abbal minnaa: ʹinnaka ʹAñtas Sameeʻul ʻAleem.
އަދި إبراهيم (عليه السّلام) كَعْبَة ﷲ ގެފުޅުގެ ބިންގާ އުފުއްލެވިހިނދު - އެބަހީ ގެފުޅު ބިނާކުރެއްވިހިނދު އެކަލޭގެފާނާއި އެކަލޭގެފާނުންގެ ދަރިކަލުން إسْماعيل عليه السّلام އާއި ދެބޭކަލުން ދެންނެވިއެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ ކިބައިން قبول ކުރައްވާނދެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
2:128
رَبَّنَا وَٱجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَآ ۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ
Rabbanaa wajʻalnaa Muslimayni laka wa-miñ ẓurriyyatinaaa ʹUmmatam Muslimatal lak; wa-ʹarinaa manaasikanaa wa-tub ʻalaynaa; ʹinnaka ʹAntat Tawwaabur Raḥeem.
އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނީ އިބަރަސްކަލާނގެއަށް ފުރިހަމައަށް ކިޔަމަންތެރިވެގެންވާ ދެއަޅުންކަމުގައި ލައްވާނދޭވެ! އަދި އަޅަމެންގެ ދަރިފަސްކޮޅުންވެސް އިބަރަސްކަލާނގެއަށް ކިޔަމަންތެރިވާނޭ أُمَّة އެއް ލައްވާނދޭވެ! އަދި އަޅަމެން حَجّ އާއި ދެންވެސް އެހެނިހެން އަޅުކަން އަދާކުރާނެގޮތް އަޅަމެނަށް ދައްކަވާނދޭވެ! އަދި އަޅަމެންގެ މައްޗަށް تَوبة ލައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން تَوبة قبول ކުރައްވާ رحمة ލެއްވުންބޮޑުވެގެންވާ ކަލާނގެއެވެ.
-
2:129
رَبَّنَا وَٱبْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِكَ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ
Rabbanaa wabʻas̤ feehim Rasoolam minhum yatloo ʻalayhim ʹAayaatika wa-yuʻallimuhumul Kitaaba wal-Ḥikmata wa-yuzakkeehim: ʹinnaka ʹAñtal ʻAzeezul Ḥakeem.
އޭ އަޅަމެންގެ رَبّ އެވެ! އަދި އެކިޔަމަންތެރިވެގެންވާނޭ أُمَّة އަށް އެމީހުންގެތެރެއިން رَسُول ބޭކަލަކު ފޮނުއްވާނދޭވެ! (އެއީ محمّد ﷺ އާއި އެކަލޭގެފާނުންގެ أُمَّة ގެ މީހުން ފޮނުއްވުމުގެ އިޝާރާތްކަމުގައިވެއެވެ.) އަދި އެ رَسُول ބޭކަލަކު أُمَّة ގެ މީހުންނަށް އިބަރަސްކަލާނގެ އާޔަތްތައް ކިޔަވާދެއްވާ އަދި އެމީހުންނަށް ކީރިތި قرآن އާއި سُنّة އުގަންނައިދެއްވާ އަދި އެބޭކަލަކީ އެމީހުން ހުރިހާގޮތަކުން طَاهِرُ ކޮށްދެއްވާނޭ ބޭކަލުކަމުގައިވާނޭ ބޭކަލެކެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ عِزَّة ވަންތަ حِكْمَة ވަންތަ ކަލާނގެއެވެ.
-
2:130
وَمَن يَرْغَبُ عَن مِّلَّةِ إِبْرَٰهِـۧمَ إِلَّا مَن سَفِهَ نَفْسَهُۥ ۚ وَلَقَدِ ٱصْطَفَيْنَـٰهُ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ
Wa-mañy yarg̣abu ʻam Millati ʹIbraaheema ʹillaa mañ safiha nafsah? Wa-laq̣adiṣ ṭafaynaahu fid dunyaa: wa-ʹinnahoo fil ʹAakhirati laminaṣ Ṣaaliḥeen.
އަދި ތިމާގެ نفس ގެ مَنْفَع އާއިމެދު جَاهِلُ ވެ نفس ހަލާކުކުރި މީހަކުމެނުވީ إبراهيم عليه السّلام ގެ مِلّة ން މޫނު އަނބުރައިނުލައެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ދުނިޔޭގައި خاصّ ކުރައްވައި إخْتِيَار ކުރެއްވީމެވެ. އަދި آخرة ގައި އެކަލޭގެފާނުވާހުށީ. ކަނޑައެޅިގެން صَالح މާތްމީހުންގެ ތެރެއިންނެވެ.
-
2:131
إِذْ قَالَ لَهُۥ رَبُّهُۥٓ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ ٱلْعَـٰلَمِينَ
ʹIẓ q̣aala lahoo Rabbuhooo ʹaslim q̣aala ʹaslamtu li-Rabbil ʻaalameen.
އަދި ކަލޭގެފާނު ކިޔަމަންތެރިވެވަޑައިގަންނަވާށޭ އެކަލޭގެފާނުންގެ رَبّ އެކަލޭގެފާނަށް وحي ކުރެއްވިހިނދު އެކަލޭގެފާނު ދެންނެވިއެވެ. عَالَم ތަކުގެ ވެރި رَبّ އަށް މިއަޅާ ކިޔަމަންތެރިވެއްޖައީމެވެ.
-
2:132
وَوَصَّىٰ بِهَآ إِبْرَٰهِـۧمُ بَنِيهِ وَيَعْقُوبُ يَـٰبَنِىَّ إِنَّ ٱللَّهَ ٱصْطَفَىٰ لَكُمُ ٱلدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
Wa-waṣṣaa bihaaa ʹIbraaheemu baneehi wa-Yaʻq̣oob: yaa-baniyya ʹinnal laahaṣ ṭafaa lakumud Deena falaa tamootunna ʹillaa wa-ʹañtum Muslimoon.
އަދި إبراهيم عليه السّلام އާއި يَعْقُوب عليه السّلام އާއި ދެބޭކަލުންވެސް އެބޭކަލުންގެ ދަރީންނަށް އެކަމަށް وصيّة ކުރެއްވިއެވެ. عالم ތަކުގެ ވެރި ربّ އަށް ކިޔަމަންތެރިވުމަށް وصيّة ކުރެއްވިއެވެ. އެއިން ކޮންމެ ބޭކަލަކުވެސް އެބޭކަލެއްގެ ދަރިންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނެވޭ! ހަމަކަށަވަރުން ﷲ تعالى ކަލޭމެންނަށްޓަކައި دين إختيار ކޮށްދެއްވައިފިއެވެ. އެއީ ކިޔަމަންތެރިކަމުގެ دين އެވެ. ފަހެ ކަލޭމެން އެކަލާނގެއަށް ކިޔަމަންތެރިވެގެންވާ حال ގައިމެނުވީ މަރުނުވާހުށިކަމެވެ.
-
2:133
أَمْ كُنتُمْ شُهَدَآءَ إِذْ حَضَرَ يَعْقُوبَ ٱلْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِنۢ بَعْدِى قَالُوا۟ نَعْبُدُ إِلَـٰهَكَ وَإِلَـٰهَ ءَابَآئِكَ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ إِلَـٰهًا وَٰحِدًا وَنَحْنُ لَهُۥ مُسْلِمُونَ
ʹAm kuñtum shuhadaaaʹa ʹiẓ ḥaḍara Yaʻq̣oobal mawtu ʹiẓ q̣aala libaneehi maa- taʻbudoona mim baʻdee? Q̣aaloo naʻbudu ʹIlaahaka wa-ʹIlaaha ʹaabaaaʹika ʹIbraaheema wa-ʹIsmaaʻeela wa-ʹIsḥaaq̣a ʹIlaahañw Waaḥidaa: wa-naḥnu lahoo Muslimoon.
(އޭ يهودي އިންނޭވެ!) يَعْقُوب عليه السّلام ގެ އަވަހާރަވުން އައިހިނދު ކަލޭމެން އެތާ حَاضر ވެތިބީމުހެއްޔެވެ. އެކަލޭގެފާނު އެކަލޭގެފާނުންގެ ބޭފުޅުންނަށް ވިދާޅުވިއެވެ. އަހުރެންނަށްފަހު ކަލޭމެން އަޅުކަންކުރާނީ ކޮންއެއްޗަކަށްހެއްޔެވެ؟ އެބޭފުޅުން ދެންނެވިއެވެ. އަހުރެމެން އަޅުކަންކުރާނީ ކަލޭގެފާނާ ކަލޭގެފާނުންގެ ކާބަފައިންކަމުގައިވާ إبراهيم ގެފާނާއި إسْماعيل ގެފާނާއި އަދި إسْحاق ގެފާނާއި (عليهم السّلام) މިބޭކަލުންގެވެސް إله އަށެވެ. އެއްކައުވަންތަ ﷲ އަށެވެ. އަޅުގަނޑުމެން ކިޔަމަންތެރިވެގެން މިވަނީ ހަމަ އެކަލާނގެއަށެވެ.
-
2:134
تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ
Tilka ʹummatuñ q̣ad khalat. Lahaa maa- kasabat wa-lakum maa kasabtum. Wa-laa tusʹaloona ʻammaa kaanoo yaʻmaloon.
އެބޭބޭކަލުންނަކީ ހަމަކަށަވަރުން ވޭތިވެގޮސްފައިވާ ބައެކެވެ. އެބޭކަލުންނަށް އެބޭކަލުން ކުރެއްވިކަމެއް ގެ جَزَاء ހުންނަހުއްޓެވެ. އަދި ކަލޭމެންކުރިކަމެއްގެ جَزَاء ކަލޭމެނަށް ހުންނަހުއްޓެވެ. އަދި އެބޭކަލުން ކުރަމުންދިޔަ ކަންކަމާމެދު ކަލޭމެންނާ ސުވާލު ނުވެވޭނެއެވެ.
-
2:135
وَقَالُوا۟ كُونُوا۟ هُودًا أَوْ نَصَـٰرَىٰ تَهْتَدُوا۟ ۗ قُلْ بَلْ مِلَّةَ إِبْرَٰهِـۧمَ حَنِيفًا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ
Wa-q̣aaloo koonoo Hoodan ʹaw Naṣaaraa tahtadoo. Q̣ul bal Millata ʹIbraaheema Ḥaneefaa, wa-maa kaana minal mushrikeen.
އަދި يَهُودي ންނާއި نَصَارى އިން ބުނީ އޭ مؤمن ންނޭވެ! ކަލޭމެންވެސް يَهودي ންކަމުގައި ނުވަތަ نَصَارى އިންކަމުގައިވާށެވެ! އޭރުން ކަލޭމެނަށް ތެދުމަގު ލިބޭނެއެވެ. (އޭ رَسُول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ! އަހުރެމެން تبع ވާނީ إبراهيم عليه السّلام ގެ ދީނާއެވެ. އެއީ توحيد އަށް ސީދާވެގެންވާ ދީނެވެ. އަދި އެކަލޭގެފާނު مشرك ންގެތެރެއިން ނުވެއެވެ.
-
2:136
قُولُوٓا۟ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَمَآ أُوتِىَ ٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ
Q̣oolooo ʹaamannaa billaahi wa-maaa ʹuñzila ʹilaynaa wa-maaa ʹuñzila ʹilaaa ʹIbraaheema wa-ʹIsmaaʻeela wa-ʹIsḥaaq̣a wa-Yaʻq̣ooba wal-ʹasbaaṭi wa-maaa ʹootiya Moosaa wa-ʻEesaa wa-maaa ʹootiyan nabiyyoona mir Rabbihim. Laa- nufarriq̣u bayna ʹaḥadim minhum, wa-naḥnu lahoo Muslimoon.
އޭ مؤمن ންނޭވެ! ކަލޭމެން އެމީހުންނަށް ބުނާށެވެ. އަހުރެމެން ﷲ އަށް އީމާންވެއްޖައީމުއެވެ. އަދި އަހުރެމެންނަށް ބާވައިލެއްވި ތަކެއްޗަށް - ކީރިތި قرآن އަށް އަހުރެމެން އީމާންވެއްޖައީމުއެވެ. އަދި إبراهيم އާއި إسْماعيل އާއި إسْحاق އާއި އަދި يَعْقُوب ގެފާނަށާއި އަދި أسباط ންގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށާ (أسباط އަކީ يعقوب ގެފާނުންގެ 12 ބޭފުޅުންނެވެ. އެއިން ކޮންމެ ބޭކަލެއްގެ ދަރިކޮޅަކީ أمّة އެކެވެ.) (عليهم السّلام) މި އެންމެ ބޭކަލުންނަށް ބާވައިލެއްވުނު ތަކެއްޗަށެވެސް އަހުރެމެން އީމާންވެއްޖައީމުއެވެ. އަދި موسى އާއި عيسى (عليهما السّلام) އަށް ދެއްވުނު ތަކެއްޗަށާއި އަދި އެހެނިހެން ނަބީބޭކަލުންނަށްވެސް އެބޭކަލުންގެ رَبّ ގެ حضرة ން ދެއްވުނު ތަކެއްޗަށް އަހުރެމެން ފުރިހަމައަށް އީމާންވަމުއެވެ. އަދި نَبِى ބޭކަލެއްގެ حَيْثِيَّة ން އެއިން އެއްވެސް ބޭކަލަކު ވަކިކޮށް ތަފާތު ނުކުރަމެވެ. އެންމެ ބޭކަލުންނީވެސް ﷲ ފޮނުއްވި نبي ންނާއި رَسُول ންކަމުގައި އެއްބަސްވެ އެބޭކަލުންނަށް އީމާންވެ އެބޭކަލުން ތެދުކުރަމުއެވެ. އަދި އަހުރެމެން މިވަނީ ކަނޑައެޅިގެން އެކަލާނގެއަށް ކިޔަމަންވެ مُسْلِم ންކަމުގައިވެގެންނެވެ.
-
2:137
فَإِنْ ءَامَنُوا۟ بِمِثْلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا هُمْ فِى شِقَاقٍ ۖ فَسَيَكْفِيكَهُمُ ٱللَّهُ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
Faʹin ʹaamanoo bimis̤li maaa ʹaamañtum̃ bihee faq̣adih tadaw. Wa-ʹiñ tawallaw faʹinnamaa hum fee shiq̣aaq̣: fasayakfeekahumul laah, wa-Huwas Sameeʻul ʻAleem.
ފަހެ އެމީހުންވެސް - އެބަހީ يهودي ންނާއި نَصَارى އިންވެސް ކަލޭމެން مؤمن ން ތިޔަ އީމާންވީ ތަކެއްޗަށް އީމާންވެ އެތަކެތި ތެދުކުރިނަމަ ހަމަކަށަވަރުން އެމީހުންނަށްވެސް ތެދުމަގު ލިބުނީހެވެ. އަދި އެމީހުން އެނބުރި ފުރަގަސްދީފިއްޔާ (ދަންނާށެވެ!) ހަމަކަށަވަރުން އެމީހުން އެވަނީ ކަނޑައެޅިގެން ދެކޮޅުވެރިކަމެއްގައެވެ. ފަހެ އެމީހުންގެ ނުރައްކަލުން ނިކަންހުރެ ﷲ تعالى ކަލޭގެފާނަށް ފުއްދަވައިދެއްވާހުއްޓެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
2:138
صِبْغَةَ ٱللَّهِ ۖ وَمَنْ أَحْسَنُ مِنَ ٱللَّهِ صِبْغَةً ۖ وَنَحْنُ لَهُۥ عَـٰبِدُونَ
Ṣibg̣atal laah: wa-man ʹaḥsanu minal laahi ṣibg̣ah? Wa-naḥnu lahoo ʻaabidoon.
ކަލޭމެން ﷲ ގެ ކުލަޖައްސާށެވެ! ﷲ ގެ دين އަށް ވަންނާށެވެ. އަދި ﷲ ގެ دين އަށްވުރެ ވަކިން ހެޔޮވެގެންވަނީ ކޮން دين އެއް ހެއްޔެވެ؟ އެއަށްވުރެ ހެޔޮ دين އެއް ނުވެއެވެ. އަދި އަހުރެމެންނީ ހަމަ ސީދާ އެކަލާނގެއަށް އަޅުކަންކުރާ މީހުންނީމުއެވެ. • ދަންނައެވެ! نَصَارى އިންގެ މީހުން އެމީހުންގެ ކުދިން ކުލަފެންގަނޑަކަށް ލައި ކުލައެއް ޖައްސައެވެ. އެއީ އެމީހުންގެ دين ގެމީހެއްކަމުގައި ކަނޑައެޅުމަށެވެ. އެފެނަށް އެމީހުން ކިޔަނީ مَعْمُودِيَّة އެވެ. އެފެނަށްލައި ނެގުމަށްފަހު ދެން އެއީ نَصَارى އެކެވެ. މިއީ مُسْلم ން އެމީހުންގެ ކުދިން خِتَان ކުރާފަދައިން ކުރާކަމެއްކަމުގައިވިއެވެ. އަދި ބައެއް مسلم ން އެމީހުންގެ ދަރިން خِتَان ކުރުމަށްފަހު إسلام دين ގެ ފެންއަޅާށޭ ކިޔައި خِتَان ކުރެވުނުކުއްޖާ ވަކިގޮތަކަށް ފެންވަރުވައި ހަދަނީ މިމީހުންގެ މި خُرَافَات ން އައިކަމެއްކަމަށް ފެނެއެވެ. އެއީ އޮތްކަމެއްނޫނެވެ. މި نَصَار އިންގެ މިކަމަށް ރައްދުކުރައްވައި އެކަލާނގެ وحي ކުރައްވާފައި އެވަނީ صِبْغَةُ ﷲ وَمَنْ أَحْسَنَ مِنَ ﷲ صِبْغَة މި އާޔަތެވެ. والله أعلم.
-
2:139
قُلْ أَتُحَآجُّونَنَا فِى ٱللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ وَنَحْنُ لَهُۥ مُخْلِصُونَ
Q̣ul ʹatuḥaaajjoonanaa fil laahi wa-Huwa Rabbunaa wa-Rabbukum; wa-lanaa ʹaʻmaalunaa wa-lakum ʹaʻmaalukum; wa-naḥnu lahoo mukhliṣoon.
އޭ رَسُول ﷲ އެވެ! އެ يهودي ންނާއި نَصَارى އިންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އާއިމެދު ކަލޭމެން އަހުރެމެންނާއި އަރައިރުންވެ جَدَلُ ކުރަނީހެއްޔެވެ؟ އެކަލާނގެއީ އަހުރެމެންގެ އާއި އަދި ކަލޭމެންގެވެސް رَبّ އެވެ. އަހުރެމެންކުރި عمل އެއްގެ ނަތީޖާ އަހުރެމެންނަށް ހުންނަހުއްޓެވެ. އަދި ކަލޭމެން ކުރި عمل އެއްގެ ނަތީޖާ ކަލޭމެންނަށް ހުންނަހުއްޓެވެ. އަދި އަހުރެމެން މިވަނީ ކަނޑައެޅިގެން އެކަލާނގެއަށް إخلاص ތެރިވެގެންނެވެ.
-
2:140
أَمْ تَقُولُونَ إِنَّ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطَ كَانُوا۟ هُودًا أَوْ نَصَـٰرَىٰ ۗ قُلْ ءَأَنتُمْ أَعْلَمُ أَمِ ٱللَّهُ ۗ وَمَنْ أَظْلَمُ مِمَّن كَتَمَ شَهَـٰدَةً عِندَهُۥ مِنَ ٱللَّهِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ
ʹAm taq̣ooloona ʹinna ʹIbraaheema wa-ʹIsmaaʻeela wa-ʹIsḥaaq̣a wa-Yaʻq̣ooba wal-ʹAsbaaṭa kaanoo Hoodan ʹaw Naṣaaraa? Q̣ul ʹaʹañtum ʹaʻlamu ʹamil laah? Wa-man ʹaz̤̣lamu mimmañ Katama shahaadatan ʻiñdahoo minal laah? Wa-mal laahu big̣aafilin ʻammaa taʻmaloon.
އޭ يَهودي ންނާ نَصَارى އިންނޭވެ! ކަލޭމެން ތިޔަބުނަނީ ހަމަކަށަވަރުން إبراهيم އާއި إسْماعيل އާއި إسْحَاق އާއި يَعْقُوب އާއި އަދި أَسْبَاط ން (عليهم السّلام) މި އެންމެބޭކަލުންވަނީ يهودي ންކަމުގައި ނުވަތަ نَصَارى އިން ކަމުގައިކަމަށް ހެއްޔެވެ؟ (އޭ رَسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެހެންވިއްޔާ ދެނެގަތުން ބޮޑީ ކަލޭމެން ހެއްޔެވެ؟ ނުވަތަ ﷲ ހެއްޔެވެ؟ އަދި ތިމާގެ އަތުގައިވާ ﷲ ގެ ހެކިބަސް ވަންހަނާކުރި މީހަކަށްވުރެ ވަކީން އަނިޔާވެރިކަންބޮޑީ ފަހެ ކާކުހެއްޔެވެ؟ އެއަށްވުރެބޮޑު އަނިޔާވެރިއަކު ނުވެއެވެ. (އެހެނީ އެމީހުން يعني يهودي ންނާއި نصارى އިންނަށް ރަނގަޅަށް އެނގޭނެއެވެ. އިސްވެދިޔަ ބޭބޭކަލުންނީ مسلم ންކަން އެއީ އެމީހުންގެ ފޮތްތަކުގެ معلومات ންނެވެ.) އަދި ކަލޭމެން ތިޔަކުރާ ކަންތައްތަކާއިމެދު ﷲ غَافِلُ ވެވޮޑިގެން ނުވެއެވެ.
-
2:141
تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ
Tilka ʹUmmatuñ q̣ad khalat. Lahaa maa- kasabat wa-lakum maa kasabtum. Wa-laa tusʹaloona ʻammaa kaanoo yaʻmaloon.
ފަހެ އެބޭބޭކަލުންނީ ވޭތިވެގޮސްފައިވާ ބައެކެވެ. އެބޭކަލުން ކުރެއްވި عمل އެއްގެ ފުރިހަމަ جَزَاء އެބޭކަލުންނަށްވެއެވެ. އަދި ކަލޭމެންކުރިކަމެއްގެ ފުރިހަމަ جَزَاء ކަލޭމެނަށް ހުންނަހުއްޓެވެ. އަދި އެބޭކަލުން ކުރިކަންކަމާމެދު ކަލޭމެނާ ސުވާލު ނުވެވޭނެއެވެ.