Surah Al-BaqarahBegins here at 2:142
-
2:142
۞ سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمْ عَن قِبْلَتِهِمُ ٱلَّتِى كَانُوا۟ عَلَيْهَا ۚ قُل لِّلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Sayaq̣oolus sufahaaaʹu minan naasi maa- wallaahum ʻañ Q̣iblatihimul latee kaanoo ʻalayhaa? Q̣ul lillaahil Mashriq̣u walmag̣hrib: yahdee mañy yashaaaʹu ʹilaa Ṣiraaṭim Mustaq̣eem.
މީސްތަކުންގެތެރެއިން ބުއްދިހަމަ ނުޖެހޭ جَاهِل މީހުން ނިކަންހުރެ ބުނާނެއެވެ. އެމީހުންނަކީ އެއީ يهودي ންނާއި مُنَافِقُ ންނެވެ. އެމީހުން ބުނާނެއެވެ. މި مُؤمن ންގެމީހުން އެ قبلة އަކާއި ދިމާއަށް ނަމާދުކުރަމުން އައި قِبْلَة އިން - (بَيْتُ الْمَقْدِس - އިން) އެހެންދިމާއަކަށް އެމީހުން އަނބުރުވައިލީ ކޮންއެއްޗެއް ބާވައެވެ؟ ކިއެއްވެގެންބާވައެވެ؟ އޭގެ جَواب ގައި ﷲ އެ އަންގަވަނީ އޭ محمّد ގެފާނެ ކަލޭގެފާނު ވިދާޅުވާށެވެ! مَشْرِق ފަރާތާއި مَغْرِب ފަރާތްވެސް مِلْكُ ވެ خَاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެބަހީ މުޅިދުނިޔެވެސް އެއީ އެކަލާނގެ مِلْك އެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ސީދާވެގެންވާ ތެދުމަގު ދައްކަވައެވެ.
-
2:143
وَكَذَٰلِكَ جَعَلْنَـٰكُمْ أُمَّةً وَسَطًا لِّتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيْكُمْ شَهِيدًا ۗ وَمَا جَعَلْنَا ٱلْقِبْلَةَ ٱلَّتِى كُنتَ عَلَيْهَآ إِلَّا لِنَعْلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُ ۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَـٰنَكُمْ ۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ
Wa-kaẓaalika jaʻalnaakum ʹUmmatañw Waṣatal litakoonoo Shuhadaaʹa ʻalan naasi wa-yakoonar Rasoolu ʻalaykum Shaheedaa. Wa-maa jaʻalnal Q̣iblatal latee kuñta ʻalayhaaa ʹillaa linaʻlama mañy yattabiʻur Rasoola mimmañy yañq̣alibu ʻalaa ʻaq̣ibayh. Wa-ʹiñ kaanat lakabeeratan ʹillaa ʻalal laẓeena hadal laah. Wa-maa Kaanal laahu liyuḍeeʻa ʹeemaanakum. ʹInnal laaha binnaasi la-Raʹoofur Raḥeem.
އޭ مؤمن ންނޭވެ! ކަލޭމެންނަކީ عَدْل ވެރި أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ލެއްވީ އެފަދައިންނެވެ. يعني: محمّد ﷺ ގެ أمّة ގެ މީހުންކަމުގައި ކަލޭމެންލައްވައި إبراهيم ގެފާނުގެ قبلة އަށް ކަލޭމެނަށް توفيق ދެއްވައި އެންމެ މާތް أمّة ކަމުގައި ތިމަންރަސްކަލާނގެ ކަލޭމެން ލެއްވި ފަދައިން عدل ވެރި أمّة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭމެން ލެއްވީ قيامة ދުވަހުން އެންމެހައި أمّة ތަކަށް ހެކިދޭނޭ ބަޔަކުކަމުގައި ކަލޭމެންވުމަށްޓަކައެވެ. އަދި رَسُول އާ އެއީ ކަލޭމެންގެމައްޗަށް ހެކިދެއްވާނޭ ބޭކަލަކު ކަމުގައި ވުމަށްޓަކައެވެ. އަދި ކަލޭމެން ކުރިން ކުރިމަތިލީ قبلة ބަދަލުކުރައްވައި مسجد الحرام އަށް ކުރިމަތިލުމަށް އެންގެވީ ކަލޭމެންގެ ތެރެއިން رَسُول އާ އާއި تَبَعَ ވާމީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން އެންގެވުމަށެވެ. އަދި قِبلة ބަދަލުކުރެއްވުމުގެ مسألة އަކީ ﷲ އެބަޔަކަށް ތެދުމަގުދެއްކެވި ބަޔަކަށްމެނުވީ ބޮޑުވެގެންވާ ކަމެކެވެ. އަދި ކަލޭމެންގެ ނަމާދާ އަޅުކަން ގެއްލެނިކުރައްވާ ކަލަކުކަމުގައި ﷲ ނުވެއެވެ. ހަމަކަށަވަރުން ﷲ އީ މީސްތަކުންނަށް ނުހަނު އޯގާވަންތަ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
2:144
قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَىٰهَا ۚ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ ۗ وَإِنَّ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ لَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا يَعْمَلُونَ
Q̣ad naraa taq̣alluba wajhika fis samaaaʹie: falanuwalliyannaka Q̣iblatañ tarḍaahaa. Fawalli wajhaka shaṭral Masjidil Ḥaraam. Waḥays̤u maa- kuñtum fawalloo wujoohakum shaṭrah. Wa-ʹinnal laẓeena ʹootul Kitaaba layaʻlamoona ʹannahul ḥaq̣q̣u mir Rabbihim. Wa-mal laahu big̣aafilin ʻammaa yaʻmaloon.
(އޭ رَسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ މޫނުފުޅު ބައެއްފަހަރު އުޑާ ދިމާޔަށް އަނބުރުއްވާތީ ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަމެވެ. ފަހެ ހަމަކަށަވަރުން ކަލޭގެފާނު ރުހިވަޑައިގަންނަވާ قِبْلَة އަކަށް ތިމަންރަސްކަލާނގެ ކަލޭގެފާނު އަނބުރުއްވާހުށީމެވެ. ފަހެ ކަލޭގެފާނުންގެ މޫނުފުޅު مسجد الحرام އާއި ދިމާއަށް އަނބުރުއްވާށެވެ! އަދި ކަލޭމެން ވީ ކޮންމެތަނެއްގައިވެސް ނަމާދުކުރާއިރު އެދިމާއަށް ކުރިމަތިލާށެވެ! އަދި ހަމަކަށަވަރުން أهْل كِتَابُ ންނަށް އެއީ ހަމަ އެމީހުންގެ رَبّ ގެ حضرة ން އައިސްފައިވާ حقّ ތެދުކަން ރަނގަޅަށް އެނގޭނެއެވެ. އަދި އެމީހުން ކުރަމުންދާ ކަންތަކާއިމެދު غَافِلُ ވެވޮޑިގެންވާ ކަލަކު ކަމުގައި ﷲ تعالى ނުވެއެވެ.
-
2:145
وَلَئِنْ أَتَيْتَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ بِكُلِّ ءَايَةٍ مَّا تَبِعُوا۟ قِبْلَتَكَ ۚ وَمَآ أَنتَ بِتَابِعٍ قِبْلَتَهُمْ ۚ وَمَا بَعْضُهُم بِتَابِعٍ قِبْلَةَ بَعْضٍ ۚ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم مِّنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ ۙ إِنَّكَ إِذًا لَّمِنَ ٱلظَّـٰلِمِينَ
Wa-laʹin ʹataytal laẓeena ʹootul Kitaaba bikulli ʹAayatim maa tabiʻoo Q̣iblatak; wa-maaaʹ añta bitaabiʻin Q̣iblatahum; wa-maa baʻḍuhum̃ bitaabiʻiñ Q̣iblata baʻḍ. Wa-laʹinit tabaʻta ʹahwaaaʹahum mim baʻdi maa- jaaaʹaka minal ʻilmi ʹinnaka ʹiḍal laminaz̤̣ z̤̣aalimeen.
(އޭ رَسول ﷲ އެވެ!) يهودي ންނާއި نَصَارى އިންގެގާތަށް ކަލޭގެފާނު ކޮންމެފަދަ دليل އެއް ގެންނެވިޔަސް އެމީހުން ކަލޭގެފާނުންގެ قبلة އާއި تبع ނުވާނެއެވެ. އަދި ކަލޭގެފާނަކީވެސް އެމީހުންގެ قبلة އާއި تبع ވާނޭ ބޭކަލަކުކަމުގައި ނުވެއެވެ. އަދި އޭގެ އެއްބަޔަކުވެސް އަނެއްބައެއްގެ قبلة އާއި تبع ވާނޭ ކަމުގައި ނުވެއެވެ. އަދި عِلْم އާއި وحي ގެތެރެއިން ކަލޭގެފާނަށް ލިބިވަޑައިގެންނެވި معلومات އަށްފަހު އެތަކެތި ދޫކޮށް އެމީސްމީހުންގެ هَوَى نفس އާއި ކަލޭގެފާނު تبع ވެވަޑައިގެންފިއްޔާ ދެން އޭރުން ކަލޭގެފާނު ވާހުށީ ކަނޑައެޅިގެން އަނިޔާވެރިންގެތެރެއިންނެވެ. (ކަލޭގެފާނަށް މިދެއްވި قبلة އަކީ ހަމަ حقّ قبلة އެވެ.)
-
2:146
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمْ ۖ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ
ʹAllaẓeena ʹaataynaahumul kitaaba yaʻrifoonahoo kamaa yaʹrifoona ʹabnaaʹahum: wa-ʹinna fareeq̣am minhum layaktumoonal Ḥaq̣q̣a wa-hum yaʻlamoon.
يهودي ންނާއި نَصَارى އިން އެމީހުން އެމީހުންގެ ދަރިން ދަންނަފަދައިން އެއީ حَقّ ކަން ދަންނާނެއެވެ. (مؤمن ންގެ قبلة އަކީ مسجد الحرام ކަން) ދަންނާނެއެވެ. ނުވަތަ محمّد ގެފާނުންގެ رسول ކަމަކީ ހަމަ حقّ رسول ކަމެއްކަން ދަންނާނެއެވެ. އެއީ އެމީހުންގެ ފޮތްތަކުންނާއި އިސްވެދިޔަ رسول ންގެ ބަސްފުޅުތަކުންނެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެ އެއްބަޔަކު ރަނގަޅަށް ދެނެތިބި حال އެ حقّ ވަންހަނާކޮށް ފޮރުވަނީއެވެ.
-
2:147
ٱلْحَقُّ مِن رَّبِّكَ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ
ʹAl-Ḥaq̣q̣u mir Rabbika falaa takoonanna minal mumtareen.
އޭ رَسول ﷲ އެވެ! ކަލޭގެފާނުންގެ رَبّ ގެ حضرة ން އައިސްފައި އެވަނީ ހަމަ حقّ އެވެ. (مؤمن ންގެ قبلة އަކީ ހަމަ مسجد الحرام އެވެ.) ފަހެ ކަލޭގެފާނު ޝައްކުކުރާމީހުންގެ ތެރެއިން ނުވާހުށިކަމެވެ.
-
2:148
وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ أَيْنَ مَا تَكُونُوا۟ يَأْتِ بِكُمُ ٱللَّهُ جَمِيعًا ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Wa-likulliñw wijhatun huwa muwalleehaa fastabiq̣ul khayraat. ʹAyna maa- takoonoo yaʹti bikumul laahu Jameeʻaa. ʹInnal laaha ʻalaa kulli shayʹiñ Q̣adeer.
އަދި ކޮންމެ دين އެއްގެ ބަޔަކަށްވެސް ވަކިދިމާއެއް خاصّ ވެގެންވެއެވެ. އެއީ އެބަޔަކު އަޅުކަންކުރާއިރު ކުރިމަތިލާ قبلة އެވެ. ދިމާއެވެ. ފަހެ އެހެންވެ ހެޔޮކަންތައްތައް ކުރުމަށް ވާދަކޮށް އަވަސްވެގަންނާށެވެ! ކަލޭމެން ކޮންމެތާކު މަރުވެ ވަޅުލެވިފައިވިޔަސް قيامة ދުވަހުން ﷲ تعالى ކަލޭމެން އެންމެން އެއްކުރައްވާ جَمَعَ ކުރައްވާހުއްޓެވެ. ހަމަކަށަވަރުން ﷲ تعالى އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ.
-
2:149
وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۖ وَإِنَّهُۥ لَلْحَقُّ مِن رَّبِّكَ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ
Wa-min ḥays̤u kharajta fawalli wajhaka shaṭral Masjidil Ḥaraam; wa-ʹinnahoo lalḥaq̣q̣u mir rabbik. Wa-mal laahu big̣aafilin ʻammaa taʻmaloon.
(އޭ رَسُول ﷲ އެވެ!) ކަލޭގެފާނު ނުކުމެވަޑައިގެންނެވި ކޮންމެތާކުވެސް އަދި ކޮންމެތާކު ހުންނެވިޔަސް ނަމާދުކުރައްވާއިރު قِبْلَة އަކަށް مَسْجِدُ الحَرَام އަށް ކަލޭގެފާނު ކުރިމަތިފުޅުލައްވާށެވެ! އެއީ ހަމަކަށަވަރުން ކަލޭގެފާނުގެ رَبّ ގެ حضرة ން އައިސްފައިވާ حقّ ކަން ކަށަވަރެވެ. އަދި ކަލޭމެން ކުރާކަންތަކާއިމެދު ﷲ تعالى غَافِل ވެވޮޑިގެން ނުވެއެވެ.
-
2:150
وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ لِئَلَّا يَكُونَ لِلنَّاسِ عَلَيْكُمْ حُجَّةٌ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِى وَلِأُتِمَّ نِعْمَتِى عَلَيْكُمْ وَلَعَلَّكُمْ تَهْتَدُونَ
Wa-min ḥays̤u kharajta fawalli wajhaka shaṭral Masjidil haraam; waḥays̤u maa- kuntum fawalloo Wujoohakum shaṭrahoo liʹallaa yakoona linnaasi ʻalaykum hujjatun ʹillal laẓeena z̤̣alamoo minhum; falaaa takhshawhum wakhshawnee; wa-liʹutimma niʻmatee ʻalaykum Wa-laʻallakum tahtadoon.
އަދި ކަލޭގެފާނު ނުކުމެވަޑައިގެން ހުންނެވި ކޮންމެތަނެއްގައިވެސް ނަމާދުފުޅު ކުރައްވަންޏާ مَسْجِدُ الحَرَام އަށް ކުރިމަތިފުޅުލައްވާށެވެ! އަދި އޭ مؤمن ންނޭވެ! ކަލޭމެންވީ ކޮންމެތަނެއްގައިވެސް ކަލޭމެން ނަމާދުކުރާއިރު އެދިމާއަށް ކުރިމަތިލާށެވެ! އެއީ އެއްވެސް ބަޔަކަށް ކަލޭމެންގެމައްޗަށް حُجَّة ދެއްކެން ނޯންނާނެގޮތުންނެވެ. (يهودي ންގެމީހުން ބުނަނީ محمّد ގެފާނާއި އެކަލޭގެފާނުންގެ أصحاب ން އެއުޅެނީ އަހުރެމެންނާ ތަފާތު ދީނެއްގައެވެ. އެކަމަކު ނަމާދުކުރަނީ އަހުރެމެންގެ قِبْلَة އަށެވެ. މި حُجَّة ގެ މަތިން އެމީހުން جَدَل ކުރާކަމުގައިވިއެވެ. އެހެންވެ ﷲ تعالى مؤمن ންގެ ކިބައިން އެއުނދަގޫ ފިއްލަވައިދެއްވީއެވެ. މިހާރު ދެން އެމީހުންނަކަށް އެގޮތަށް ދިމާކުރުމުގެ އެއްވެސް حُجَّة އެއްނެތެވެ.) އެމީހުންގެތެރެއިން އަނިޔާވެރިވެގެންވާ މީހަކު މެނުވީއެވެ. އެމީހުންނަކީ قريش ވަންހައިގެ މީހުންނެވެ. ފަހެ ކަލޭމެން އެމީހުންދެކެ ބިރުނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް ކަލޭމެން ބިރުގަންނާށެވެ! އަދި قبلة ބަދަލުކުރެއްވީ ތިމަންރަސްކަލާނގެ نعمة ކަލޭމެންގެމައްޗަށް ފުރިހަމަކުރެއްވުމަށެވެ. އަދި ކަލޭމެންނަށް ތެދުމަގު ލިބުމުގެ ގޮތުންނެވެ.
-
2:151
كَمَآ أَرْسَلْنَا فِيكُمْ رَسُولًا مِّنكُمْ يَتْلُوا۟ عَلَيْكُمْ ءَايَـٰتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُعَلِّمُكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ
Kamaaa ʹarsalnaa feekum Rasoolam miñkum yatloo ʻalaykum ʹAayaatinaa wa-yuzakkikum wa-yuʻalli-mukumul Kitaaba wal-Ḥikmata wa-yuʻAllimukum maa lam takoonoo taʻlamoon.
އެއީ ކަލޭމެންގެ ތެރެއިން رَسُول ބޭކަލަކު ކަލޭމެންގެތެރެއަށް ފޮނުއްވިފަދައިންނެވެ. (އެއީވެސް ކަލޭމެންގެމައްޗަށް ތިމަންރަސްކަލާނގެ نعمة ފުރިހަމަ ކުރެއްވުމުގެ ތެރެއިން ވާކަމެކެވެ.) އަދި އެބޭކަލަކު ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެންނަށް ކިޔަވައިދެއްވައި ޝިރުކާއި އަދި ހަޑިހުތުރު އެންމެހައި ކަމަކުން ކަލޭމެން طَاهِر ކުރައްވައި އަދި އެކަލޭގެފާނު ކަލޭމެންނަށް ކީރިތި قرآن އާއި މާތްވެގެންވާ سُنّة އުގަންނަވައިދެއްވައި އަދިވެސް ކަލޭމެން ދަންނަކަމުގައި ނުވާ އެތައްކަމެއް އެކަލޭގެފާނު ކަލޭމެންނަށް އުގަންނަވައި ދެއްވުމަށެވެ.
-
2:152
فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ
Faẓkurooneee ʹaẓkurkum washkuroo lee wa-laa takfuroon.
ފަހެ ކަލޭމެން ތިމަންރަސްކަލާނގެ ހަނދާންކޮށް ތިމަންރަސްކަލާނގެއަށް ذِكر ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ކަލޭމެން ހަނދުމަކުރައްވާވޮޑިގެންވާހުށީމެވެ. އަދި ކަލޭމެން ތިމަންރަސްކަލާނގެއަށް شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ކަލޭމެން ކާފަރުނުވާށެވެ! * ދަންނައެވެ! سَيَقُول السُّفَهَاء މިތަނުން ފެށިގެންވާ ގާތްގަނޑަކަށް މިހާތަނަށް މިވަނީ بَيْتُ المَقْدِس ން مَسْجِدُ الحَرَام އަށް قِبْلَة ބަދަލުކުރެއްވުމުގެ ވާހަކައެވެ. އެކަންހިނގީ هجرة އިންދެވަނައަހަރުގައި ކަމުގައިވެއެވެ. رَسُول ﷲ ﷺ، މަދީނާއަށް ވަޑައިގެންނެވިފަހުން بَيْتُ المَقْدِس އާ ދިމާއަށް ނަމާދުފުޅުކުރެއްވީ ސޯޅަ ނުވަތަ ސަތާރަ މަސްދުވަހުއެވެ. އޭގެފަހުން كعبة ﷲ އާއި ދިމާއަށް - އެބަހީ مَسْجِدُ الحَرَام - އާއި ދިމާއަށް ކުރިމަތިލެއްވުމަށް އަމުރުފުޅު އައުމުން އެވަގުތުން ފެށިގެން مسلم ންގެ قِبْلَة އެއްކަމުގައި مكّة ގެ مَسْجِدُ الحَرَام ވެގެން ދިޔައީއެވެ. އެދިމާއަށް އެންމެފުރަތަމަ ކުރެއްވި ނަމާދެއްކަމުގައިވަނީ عصر ނަމާދެވެ. އަދި قِبْلَة މިގޮތަށް ބަދަލުކުރެއްވުމުގެ ސަބަބުންވެސް، އަދި އޭގެ حِكمة އެވަނީ آية ގައި އަންގަވާފައެވެ. އެއީ رَسُول އާ އަށް تَبَعَ ވާމީހުންނާ ނުވާމީހުން ބެއްލެވުމަށެވެ. މިކަމާ ބެހޭ ދިގުވާހަކަތައް سِيرة ފޮތްތަކާއި تفسير ފޮތްތަކުގައިވެސްވެއެވެ. އެވާހަކަތައް މިފޮތާ އެކަށީގެންނުވާތީ މިވަރުން ފުއްދައިލީއެވެ.
-
2:153
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ
Yaaaʹayyuhal laẓeena ʹaamanus taʻeenoo biṣ-Ṣabri was-Ṣalaah; ʹInnal laaha maʻaṣ ṣaabreeen.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ކަލޭމެން ވާގިއެދޭށެވެ! (ﷲ ގެ ކިޔަމަންތެރިކަމުގައި ހުރުމަށް ވާގިއެދޭށެވެ! އެހެނީ ކަންކަމުގެމައްޗަށް قواعد ން ކެތްކުރުމީ ﷲ ގެ ރުހިވޮޑިގަތުން ލިބޭނެކަމެކެވެ. ނަމާދުކުރުމުން ﷲ ގެ حضرة ން ތިމާމެންގެ ބޭނުންތައް ފުއްދުން ގާތްވެގެންވެއެވެ.) ހަމަކަށަވަރުން ކެތްތެރިންނާއެކު ﷲ ގެ ފުރިހަމަ ރުހިވޮޑިގަތުންވެއެވެ.
-
2:154
وَلَا تَقُولُوا۟ لِمَن يُقْتَلُ فِى سَبِيلِ ٱللَّهِ أَمْوَٰتٌۢ ۚ بَلْ أَحْيَآءٌ وَلَـٰكِن لَّا تَشْعُرُونَ
Wa-laa taq̣ooloo limañy yuq̣talu fee Sabeelil laahi ʹamwaat. Bal ʹaḥyaaaʹuñw Wa laakil laa tashʻuroon
އަދި ﷲ ގެމަގުގައި ހަނގުރާމަކޮށް މަރުވެގެންދިޔަ މީހުންނަކީ حقيقة ގައި މަރުވެދިޔަބައެއް ކަމުގައި ކަލޭމެން ނުބުނާށެވެ! އަދި ކިއެއްހެއްޔެވެ؟ އެމީހުންނަކީ އެމީހުންގެ ربّ ގެ حضرة ގައި ދިރިތިބި ބައެކެވެ. އަދި ކަލޭމެންނަށް އެއްގޮތަކަށްވެސް އެކަމެއްނޭނގޭނެއެވެ. إحساس ނުވާނެއެވެ.
-
2:155
وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ
Wa-lanablu-wannakum̃ bishayʹim minal khawfi waljooʻi wa-naq̣ṣim minal ʹamwaali wal-ʹañfusi was̤-s̤amaraat: wa-bashshiris̤ S̤aabireen,
ބިރުވެރިކަމުގެ ކަންކަން ދިމާކުރެއްވުމުންނާއި ބަނޑުހައިހޫނުކަން ދިމާކުރެއްވުމުންނާއި މުދާ މަދުކުރެއްވުމުންނާ އަދި މީހުން މަދުކުރެއްވުމުންނާއި އަދި ގަސްގަހާގެހީގެމަތިވަރު މަދުކުރެއްވުމުންނާއި މިފަދަ އެންމެހައި ކަންކަމުން ތިމަންރަސްކަލާނގެ ކަލޭމެން إمتحان ކުރައްވާހުށީމެވެ. އީމާންކަން ޓެސްޓް ކުރައްވާ ހުށީމެވެ. މިފަދަ ކަންކަން ދިމާވާވަގުތު ފުރިހަމަގޮތުގައި ކެތްތެރިވާމީހުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ!
-
2:156
ٱلَّذِينَ إِذَآ أَصَـٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ
ʹAllaẓeena ʹiẓaaa ʹaṣaabathum muṣeebatuñ q̣alooo ʹinnaa lillaahi wa-ʹinnaaa ʹilayhi raajiʻoon.
ދެންފަހެ މިބުނާ ކެތްތެރިންނަކީ އެމީހުންނަށް مُصِيْبَة އެއް އަދި ނޭދެވޭ ކަންތައްގަނޑެއް ދިމާވާވަގުތު ﷲ ހަނދާންކޮށް "إنَّا لِلَّهِ وَإِنَّا إِلَيهِ رَاجِعُون" މިފަދައިން ކިޔާ ﷲ ގެ حضرة ން ވާގިއެދި އެފަރާތަށް رُجُوع ވާމީހުންނެވެ. އެ عِبَارَة ގެ މާނައީ "އަހުރެމެންނީ ﷲ ގެ مِلْك އެކެވެ. އަދި އަހުރެމެން އެނބުރި رُجُوع ވުންވެސްވަނީ ހަމަ އެކަލާނގެ حضرة އަށެވެ." މިއެވެ.
-
2:157
أُو۟لَـٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُهْتَدُونَ
ʹUlaaaʻika ʻalayhim ṣalawaatum mir Rabbihim wa-raḥmah: wa-ʹulaaaʹika humul Muhtadoon.
މިފަދަ ސިފަހުރި މާތްމީހުން ދަންނައެވެ. އެފަދަމީހުންނަށް އެމީހުންގެ رَبّ ގެ حضرة ން ފާފަފުއްސެވުމާ رحمة ލެއްވުންވެއެވެ. އަދި އެމީހުންނަކީ ކަނޑައެޅިގެން ތެދުމަގުގައި ވާމީހުންނެވެ.
-
2:158
۞ إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ ۖ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ
ʹInnaṣ S̤afaa wal-Marwata miñ Shaʻaaʹiril laah. Faman ḥajjal Bayta ʹawiʻ tamara falaa Junaaḥa ʻalayhi ʻany yaṭṭawwafa bihimaa. Wa-mañ taṭawwaʻa khayrañ faʹinnal laha Shaakirun ʻAleem.
ހަމަކަށަވަރުން (مكّة ގެ حَرَم ކައިރީގައިވާ) صَفَا ފަރުބަދައާއި مَرْوَة ފަރުބަދައާއި ދެފަރުބަދައަކީ ﷲ ގެ دين ގެ علامة ތަކުގެތެރެއިން ހިމެނިގެންވާ ދެފަރުބަދައެވެ. ފަހެ ގެފުޅަށްގޮސް حجّ ވާމީހާ ނުވަތަ عُمْرَة ވުމަށްދާމީހާ އެދެމެދު سَعْيُ ކުރުމަކީ - ކަނޑައެޅިގެންވާ قواعد ން ހިނގުމަކީ އޭނާގެ މައްޗަށް ކުށެއްއޮތްކަމެއް ނޫނެވެ. (އެދެމެދު ހިނގުމަކީ حَجُّ عُمْرة ގެ واجب ގެތެރެއިން ވާކަމެކެވެ.) އަދި فرض حَجّ ފިޔަވައި سُنَّة ގެގޮތުން حَجُّ عُمْرة ކުރިމީހާއަށްވެސް ހެވާއި ދަރުމަހުއްޓެވެ. ފަހެ ހަމަކަށަވަރުން ﷲ އީ އަޅުތަކުންގެ ހެޔޮ عَمل ތަކަށް شكر ވެރިވެވޮޑިގަންނަވާ އަދި އެމީހުންގެ عمل ތަކުގެ ހެޔޮނުބައި ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
2:159
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَـٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّـٰهُ لِلنَّاسِ فِى ٱلْكِتَـٰبِ ۙ أُو۟لَـٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّـٰعِنُونَ
ʹInnal laẓeena yaktumoona maaa ʹañzalnaa minal bayyinaati walhudaa mim baʻdi maa- bayyannaahu linnaasi fil Kitaabi ʹulaaaʹika yalʻanuhumul laahu wa-yalʻanuhumul laa-ʻinoon,
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮތުގައި ބާވައިލެއްވި بَيَان ވެގެންވާ دَليل އާއި ތެދުމަގު މީސްތަކުންނަށް بَيَان ކޮށްދެއްވައި އެންގެވުމަށްފަހު އެތަކެތި ވަންހަނާކޮށް ސިއްރުކޮށް މީސްތަކުންނަށް عامّ ކޮށް ނާންގާމީހުން ދަންނައެވެ. އެމީހުންނަށްހުރީ ﷲ ގެ لَعْنَة އާއި މަލާއިކަތްބޭކަލުންގެ لَعْنَة އެވެ. މިއާޔަތުން بَيَان ކޮށްދެއްވަނީ يهودي ންގެ ބައެއް عَالِم ން ކަންތައްކުރިގޮތެއްގެ ވާހަކައެވެ. އެމީހުންގެ ފޮތްތަކުގައިވާ محمّد ﷺ ގެ ބައެއް خبر ތަކާއި އެކަލޭގެފާނުންގެ ބައެއް ސިފަފުޅުވެސް بَيَان ކުރައްވައި އެކަލޭގެފާނީ ފަހުޒަމާނުގެ نبي އާ ކަމާ މިއެންމެހައިކަންތައް އެމީހުނަށް އެންގެވުމަށްފަހު އެމީހުން މިކަން މީސްތަކުންނަށް ވަންހަނާކޮށް އެކަލޭގެފާނު رسول ކަމާއިގެން ވަޑައިގަތުމުން ނޭނގޭކަމަށް ހަދައިގެން ތިބި ވާހަކައެވެ. ފަހެ يهودي ންނޫނެއްކަމަކު إسلام دين ގެކަމެއް ތިމާއަށް އެނގިހުރެ އެކަމަކާއި ސުވާލުވެވުމުން ވަންހަނާކޮށް އޮޅުވައިލި ކޮންމެމީހަކު މިއާޔަތުގައި މިވާ وعيد ގެ ދަށަށްވަންނާނެއެވެ. އެމީހަކަށް ﷲ ގެ لعنة حقّ ވެއްޖެއެވެ.
-
2:160
إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَبَيَّنُوا۟ فَأُو۟لَـٰٓئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ
ʹIllal laẓeena taaboo wa-ʹaṣlaḥoo wa-bayyanoo faʹulaaaʹika ʹatoobu ʻalayhim; wa-ʹAnat Tawwaabur Raḥeem.
އެފަދަމީހުންކުރެ تَوبة ވެ އެމީހުން ނުބައިކުރިކަންތައް إصلاح ކޮށް ރަނގަޅުގޮތް بَيَان ކޮށްދިންމީހުން މެނުވީއެވެ. ފަހެ އެފަދަމީހުންނަށް ﷲ تَوبة ލައްވާނެކަމުގައި އަންގަވާފައިވެއެވެ. އަދި އެކަލާނގެ އެ އަންގަވަނީ ތިމަންރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަމުގައެވެ.
-
2:161
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ أُو۟لَـٰٓئِكَ عَلَيْهِمْ لَعْنَةُ ٱللَّهِ وَٱلْمَلَـٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ
ʹInnal laẓeena kafaroo wa-maatoo wa-hum kuffaarun ʹulaaaʹika ʻalayhim laʻnatul laahi walmalaaaʹikati wannaasi ʹajmaʻeen,
ހަމަކަށަވަރުން ކާފަރުވީ މީސްތަކުން އަދި އެމީހުން އެކާފަރުކަންމަތީ މަރުވެދިޔަކަމުގައިވަންޏާ އެމީހުންނަށް ﷲ އާއި ملائكة ބޭކަލުންނާ އަދި އެންމެހައި މީސްތަކުންގެ لعنة ހުއްޓެވެ.
-
2:162
خَـٰلِدِينَ فِيهَا ۖ لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ
Khaalideena feehaa: laa- yukhaffafu ʻanhumul ʻaẓaabu wa-laa hum yuñz̤̣aroon.
އެމީހުންގެ އެ لَعْنَة ގައި ނުވަތަ عَذَاب ގައި ދެމިތިބޭހުއްޓެވެ. އަދި އެމީހުންގެކިބައިން عَذَاب ލުއިނުވެވޭ ހުއްޓެވެ. އަދި އެމީހުންނަކީ عُذُر ވެރިވުމަށްޓަކައި އެއްވެސް ތަންވަޅެއްވެސް ލިބޭނޭބަޔަކުކަމުގައިވެސް ނުވެއެވެ.
-
2:163
وَإِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ لَّآ إِلَـٰهَ إِلَّا هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ
Wa-ʹIlaahukum Ilaahuñw Waaḥid: Laaa ʹilaaha ʹillaa Huwar Raḥmaanur Raḥeem.
އަދި ކަލޭމެންގެ إله އަކީ ހަމައެއްކައުވަންތަ އެންމެ إله އެކެވެ. އެކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ އެހެން އެއްވެސް إله އަކު ނުވެއެވެ. އެކަލާނގެއީ رحمن ވަންތަ رحيم ވަންތަ ކަލާނގެއެވެ.
-
2:164
إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍ وَتَصْرِيفِ ٱلرِّيَـٰحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلْأَرْضِ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ
ʹInna fee khalq̣is samaawaati wal-ʹarḍi Wakhtilaafil layli wannahaari walfulkil latee tajree fil baḥri bimaa yañfaʻun naasa wa-maaa ʻañzalal aahu minas samaaaʹi mim maaaʹiñ faʹaḥyaa bihil ʹarẓa baʻda mawtihaa wa-bas̤s̤a feehaa miñ kulli daabbah: wa-taṣreefir riyaaḥi was-saḥaabil musakhkhari baynas samaaaʹi wal-ʹarḍi laʹAayaatil liq̣awmiñy yaʻq̣iloon.
ހަމަކަށަވަރުން އުޑުތަކާއި ބިންހެއްދެވުމުގައްޔާއި، ރޭގަނޑާ ދުވާލު ތަފާތުކުރެއްވުމުގައްޔާއި، އަދި މީސްތަކުންގެ مَنْفَعَ އަށްޓަކައި ކަނޑުގައި ދުވާ އުޅަނދުތަކުގައްޔާއި - އަދި ﷲ އުޑުން ބާވައިލައްވާ ފެނުގައްޔާއި ބިންގަނޑު މަރުވެ އޮތުމަށްފަހު އެފެނުން އެކަލާނގެ ދިރުއްވައި އަދި ބިމުގައި އެކަލާނގެ ހައްދަވާ ދޫކުރައްވާފައިވާ ގިނަ ދިރޭތަކެތީގައްޔާއި އަދި އެކި ދިމަދިމާލަށް ވައި ބަދަލުކުރެއްވުމުގައްޔާއި - އަދި އުޑާއި ބިމާއި ދެމެދު ކިޔަމަންކުރެއްވި ހިފެހެއްޓެވިފައިވާ ވިލާތަކުގައްޔާއި މި އެންމެހައި ކަންކަމުގައި ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ މައްޗަށް دليل ކުރާ ހެކިތަކާއި علامة ތައްވާކަން ކަށަވަރެވެ. އެކަމަކު އެއީ ބުއްދިކޮށް فكر ކުރާ ބަޔަކަށެވެ. (އެހެންބަޔަކަށް މިއިން އެއްވެސްއެއްޗަކުން އެއްޗެއް ވިސްނާކަށް ނޭނގޭނެއެވެ.)
-
2:165
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ
Wa-minan naasi mañy yattakhiẓu miñ doonil laahi ʹañdaadañy yuḥibboonahum kaḥubbil laah. Wallaẓeena ʹaamanooo ʹashaddu ḥubbal lillaah. Wa-law yaral laẓeena z̤̣alamooo ʹiẓ yarawnal ʻaẓaaba ʹannal Q̣uwwata lillaahi jameeʻañw waʹannal laaha Shadeedul ʻaẓaab.
އަދި ﷲ ފިޔަވައި شَرِيْكُ ންތަކެއް ހިފައި إخْتِيَار ކޮށްގެން އުޅޭބަޔަކު (އެބަހީ ބުދަށް އަޅުކަންކުރާ ބަޔަކު) މީސްތަކުންގެތެރޭގައިވެއެވެ. އެމީހުން އެމީހުންގެ އެ شريك ންތަކަށް ﷲ އަށް ލޯބިކުރާފަދައިން ލޯބިކުރެއެވެ. އަދި އެކަމަކު އީމާންވީ މީސްތަކުން ﷲ އަށް ލޯބިވާލެއް މާބޮޑެވެ. އަދި شَرِيْكُ ކުރި މީސްތަކުންނަށް قيامة ދުވަހުން عَذَاب ފެންނަހިނދު އެންމެހައި ބާރަކާއި އާރެއް خاصّ ވެ مِلْكُ ވެގެންވަނީ ހަމައެކަނި ﷲ އަށްކަން އެމީހުންނަށް އެނގޭނޭ ނަމައެވެ. (އެހިނދުން އެމީހުންނަށް އެކަން އެނގޭނެއެވެ. އެކަމަކު ދުނިޔޭގައި އެމީހުން އެޔާމެދު ވިސްނިނަމައެވެ.) އަދި ހަމަކަށަވަރުން ﷲ އީ عَذَاب ދެއްވުން ގަދަފަދަވެގެންވާ ކަލާނގެކަންވެސް އެމީހުންނަށް އެނގި ބަޔާންވާނެއެވެ. (އެކަމަކު ދެން އޭރުން އޮންނާނީ ހަމަހުސްނަމައެކެވެ.)
-
2:166
إِذْ تَبَرَّأَ ٱلَّذِينَ ٱتُّبِعُوا۟ مِنَ ٱلَّذِينَ ٱتَّبَعُوا۟ وَرَأَوُا۟ ٱلْعَذَابَ وَتَقَطَّعَتْ بِهِمُ ٱلْأَسْبَابُ
ʹIẓ tabarraʹal laẓeenat tubiʻoo minal laẓeenat tabaʻoo wa-raʹawul ʻaẓaaba wa-taq̣aṭṭaʻat bihimul ʹasbaab.
ﷲ ފިޔަވައި އެހެނިހެން ތަކެއްޗަށް އަޅުކަންކޮށް تَبَعَ ވެގެން އުޅުނުމީހުންގެ ކިބައިން އެ تَبَعَ ވެވުނުތަކެތި (އަޅުކަންވެވުނުތަކެތި) ދުރުވެ ބަރީއަވެގަނެ އަދި އެ تَبَعَ ވީމީހުންނަށްހުރި عَذَاب އެމީހުންނަށް ރަނގަޅަށް ލޮލަށް ފެނި ދެފަރާތުގައި އެބަހީ تَبَعَ ވީމީހުންނާއި تَبَعَ ވެވުނު މީހުންނާއި ދެފަރާތުގައިވާ އެންމެހައި ގުޅުމާއި مَوَدَّة ކެނޑިދާނެއެވެ.
-
2:167
وَقَالَ ٱلَّذِينَ ٱتَّبَعُوا۟ لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا۟ مِنَّا ۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعْمَـٰلَهُمْ حَسَرَٰتٍ عَلَيْهِمْ ۖ وَمَا هُم بِخَـٰرِجِينَ مِنَ ٱلنَّارِ
Wa-q̣aalal laẓeenat tabaʻoo law ʹanna lanaa karratañ fanatabarraʹa minhum kamaa tabarraʹoo minnaa. Kaẓaalika yureehimul laahu ʹaʻmaalahum ḥasaraatin ʻalayhim. Wa-maa hum̃ bikhaarijeena minan Naar.
تَبَعَ ވީމީހުން - އެބަހީ ﷲ ފިޔަވައި އެހެނިހެން ތަކެއްޗަށް އަޅުކަންކުރި މީހުން ބުނާނެއެވެ. އަހުރެމެންނަށް ދެވަނަފަހަރަށް ދުނިޔެއަށް އާދެވުމެއް ވާނެނަމަ އަހަރެމެންގެ ކިބައިން އެތަކެތި ބަރީއަވެގަތްފަދައިން އަހުރެމެންވެސް އެތަކެތީގެ ކިބައިން ބަރީއަވެގަންނަހުށީމެވެ. އެކަމަކު ދެން އެއީ ހަމަ ނަމައެކެވެ. (އެއަކު ބޮނޑިބަތެއް ނުކެއްކޭނެއެވެ.) އެމީހުންގެ ނުބައި عَمَلُ ތައް ހިތާމަތަކެއްކަމުގައި ﷲ تعالى އެމީހުންނަށް ދައްކަވާނީ އެފަދައިންނެވެ. އަދި ނަރަކައިން ނުކުންނާނޭބަޔަކުކަމުގައި އެމީހުން ނުވެއެވެ.
-
2:168
يَـٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَـٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
Yaaaʹayyuhan naasu kuloo mimmaa fil ʹarḍi Ḥalaalañ ṭayyibaa; wa-laa tattabiʻoo Khuṭuwaatish Shayṭaan. ʹInnahoo lakum ʻaduwwum mubeen.
އޭ މީސްތަކުންނޭވެ! ބިމުގައިވާތަކެތީގެތެރެއިން حَلاَلُ ރަނގަޅުތަކެތި ކަލޭމެން ކައިބޮއި ހަދާށެވެ! އަދި شَيْطَان އާގެ ފިޔަވަޅުތަކާއި ކަލޭމެން تَبَعَ ނުވާށެވެ! (އެސޮރުގެ ފަހަތުންގޮސް ނުބައި ނުލަފާ ކަންތައް ކަލޭމެން ނުކުރާށެވެ!) ހަމަކަށަވަރުން އެސޮރަކީ އެސޮރުގެ عَدَاوة ތެރިކަން ބަޔާންވެގެންވާ ކަލޭމެންގެ عَدَاوة ތެރިއެކެވެ.
-
2:169
إِنَّمَا يَأْمُرُكُم بِٱلسُّوٓءِ وَٱلْفَحْشَآءِ وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ
ʹInnamaa yaʹmurukum̃ bis-soooʹi walfaḥshaaaʹi wa-ʹañ taq̣ooloo ʻalal laahi maa- laa- taʻlamoon.
އެސޮރު ކަލޭމެންނަށް އަމުރުކުރާކަންކަށަވަރީ ނުބައިކަންތައްތައް ކުރުމަށާއި فَاحِش ކަންތައްތައް ކުރުމަށާއި އަދި ކަލޭމެންނަށް ނޭނގޭތަކެތި ﷲ އާއިމެދު ކަލޭމެން ބުނުމަށެވެ. ﷲ ގެމައްޗަށް ދޮގުތައް ހެދުމަށެވެ. (ނުބައި ކަންތަކޭ ބުނިބަހުގެ މާނައީ ފާފަވެރިވެވޭ ކޮންމެ ކަމެކެވެ.) فَاحِش ކަންތަކަކީ އެކަމުގެ ވާހަކަދެއްކުން ހުތުރު އަދި އެވާހަކަ އިވުން ނޭދެވޭ ކަންކަމެވެ. ނުވަތަ ﷲ އަށް އުރެދުމެވެ. / ނުވަތަ ޒިނޭ ކުރުމެވެ. والله أعلم.
-
2:170
وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًٔا وَلَا يَهْتَدُونَ
Wa-ʹiẓaa q̣eela lahumut tabiʻoo maaa ʹañzalal laahu q̣aaloo bal nattabiʻu maaa ʹalfaynaa ʻalayhi ʹaabaaaʹanaa. ʹAwa-law kaana ʹaabaaaʹuhum laa- yaʻq̣iloona shayʹañw walaa yahtadoon?
އަދި އެ مُشْرِكُ ންގެ ގާތުގައި ﷲ ބާވައިލެއްވި ތަކެއްޗަށް ކަލޭމެން تَبَعَ ވާށޭ ބުނެވިއްޖެއްޔާ އެމީހުން ބުނަނީ އަހުރެމެން تَبَعَ ވާނީ އަހުރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ވަނިކޮށް އަހުރެމެން ދުއްގޮތާއެވެ. އަޅެފަހެ އެމީހުންގެ ކާބަފައިންނަކީ އެއްޗެއް ނުވިސްނާ އަދި ތެދުމަގެއް ލިބިފައިނެތް ބަޔަކުކަމުގައިވިޔަސް ހެޔޮހެއްޔެވެ. އެމީހުންނާ ހަމަ تَبَعَ ވާންވީހެއްޔެވެ؟
-
2:171
وَمَثَلُ ٱلَّذِينَ كَفَرُوا۟ كَمَثَلِ ٱلَّذِى يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَآءً وَنِدَآءً ۚ صُمٌّۢ بُكْمٌ عُمْىٌ فَهُمْ لَا يَعْقِلُونَ
Wa-mas̤alul laẓeena kafaroo kamas̤alil laẓee yanʻiq̣u bimaa laa- yasmaʻu ʹillaa duʻaaaʹañw wanidaaaʹaa. S̤ummum̃ bukmun ʻumyuñ fahum laa- yaʻq̣iloon.
އަދި ކާފަރުންނަށް وعظ ދީ ނަސޭހަތްދޭމީހާގެ مِثال އަކީ ހަމައެކަނި ގޮވާލާއަޑުނޫނީ ނުއިވޭ އަދި އެއިވޭ އަޑުން އެއްވެސްއެއްޗެއް ނުވިސްނޭ ޖަނަވާރުތަކަކަށް ގޮވާ نصيحة ދޭމީހެއްގެ މިސާލެވެ. އެމީހުންނަކީ ހެޔޮބަހެއްނުއިވޭ މަންމަން އަދި ކަނުބައެއްފަދަ ބައެކެވެ. (وعظ نصيحة ދޭމީހާގެ ވާހަކައިން އެއްޗެއް ނުވިސްނޭ ހެޔޮބަހެއް ބުނަން ނޭނގޭ ހެޔޮއެއްޗެއް ނުފެންނަ ބައެއްފަދަ ނިކަމެތި ބައެކެވެ. ބުއްދީގެ ބޭނުމެއް ނުކުރާ ބައެކެވެ.)
-
2:172
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ
Yaaaʹayyuhal laẓeena ʹaamanoo kuloo miñ ṭayyibaati maa- razaq̣naakum washkuroo lillahi ʹiñ kuñtum ʹiyyaahu taʻbudoon.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވި ރަނގަޅު حلال ތަކެތީން ކަލޭމެން ކައިބޮއިހަދާށެވެ! އަދި ކަލޭމެން ﷲ އަށް شكر ކުރާށެވެ! އެއީ އެކަލާނގެއަށް އެކަނި ކަލޭމެން އަޅުކަންކުރާކަމުގައި ވަންޏާއެވެ.
-
2:173
إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ʹInnamaa ḥarrama ʻalaykumul maytata waddama wa-laḥmal khiñzeeri wa-maaa ʹuhilla bihee lig̣ayril laah. Famaniḍ ṭurra g̣ayra baag̣iñw walaa ʻaadiñ falaaa ʹis̤ma ʻalayh. ʹInnal laaha G̣afoorur Raḥeem.
އެކަލާނގެ ކަލޭމެންގެމައްޗަށް حَرَام ކުރައްވާފައިވާކަންކަށަވަރީ މުޅަތަކެއްޗާއި ލެޔާއި އޫރުމަހާއި ﷲ ގެ ނަންފުޅުނޫން އެހެން ކޮންމެވެސް ފަރާތެއްގެ ނަމުގައި ކަތިލެވިފައިވާތަކެއްޗާއި މިތަކެއްޗެވެ. މިއީ ކަނޑައެޅިގެން حرام ކުރައްވާފައިވާ ތަކެއްޗެވެ. އަދި އެކަލާނގެ حرام ކުރައްވާފައިވާ އެހެނިހެން ތަކެތިވެސް އެހެނިހެން نَصُّ ތަކުން ފެނެއެވެ. ދެންފަހެ ކާބޯ އެއްޗެއްނެތި ގޮތްހުސްވެގެންވާމީހާ މި بَيَان ވެގެންވާ حَرَام ކުރެއްވިތަކެތީގެ ތެރެއިން ކާހިތުން ކެއުމެއްނެތި އަދި ބަނޑުފުރާކެއުމެއްނެތި ކުޑައެތިކޮޅެއް ކިރިޔާ ފުރާނަ ހިފެހެއްޓޭވަރަށް އެތިކޮޅެއް ބޭނުންކުރުމަކުން އޭނާގެމައްޗަކަށް ކުށެއްނެތެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުގެންވާ ކަލާނގެއެވެ.
-
2:174
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَـٰبِ وَيَشْتَرُونَ بِهِۦ ثَمَنًا قَلِيلًا ۙ أُو۟لَـٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَـٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ
ʹInnal laẓeeena yaktumoona maaa ʹañzalal laahu minal Kitaabi wa-yashtaroona bihee s̤amanañ q̣aleelan ʹulaaaʹika maa- yaʹkuloona fee buṭoonihim illan Naara wa-laa yukallimuhumul laahu Yawmal Q̣iyaamati wa-laa yuzakkeehim wa-lahum ʻaẓaabun ʹaleem.
ހަމަކަށަވަރުން ﷲ އެކަލާނގެ ފޮތުގައި ބާވައިލައްވާފައިވާތަކެތި މީސްތަކުންނަށް ނާންގާ ވަންހަނާކޮށް ފޮރުވާމީހުން އަދި ދާދިކުޑަކުޑަ ދުންޔަވީ ބޭނުމަކަށް އެތަކެތި ބަދަލުކޮށް އެއިން ލިބޭ ފައިދާއެއް ބޭނުންކޮށް ކައިހަދާމީހުން އެމީހުން އެމީހުންގެ ބަނޑުތަކަށް އަލިފާން ނޫނީ އަޅާކަމުގައި ނުވެއެވެ. އެބަހީ އެމީހުން އެކުރާ ކަންތަކުން އެމީހުންނަށް قِيَامَة ދުވަހުން ހުންނަހުރީ ނަރަކައިގެ އަލިފާނެވެ. އަދި قِيَامَة ދުވަހުން ﷲ تعالى އެމީހުންނަށް رَحْمَة ގެ ބަސްފުޅު وحي ނުކުރައްވާހުއްޓެވެ. އަދި އެމީހުންގެ ފާފަތަކުން އެކަލާނގެ އެމީހުން طَاهِر ނުކުރައްވާނެއެވެ. އަދި އެމީހުންނަށް ހުންނަހުރީ ވޭންދެނިވި عَذَاب އެވެ.
-
2:175
أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَـٰلَةَ بِٱلْهُدَىٰ وَٱلْعَذَابَ بِٱلْمَغْفِرَةِ ۚ فَمَآ أَصْبَرَهُمْ عَلَى ٱلنَّارِ
ʹUlaaaʹikal lazeenash tarawuḍ ḍalaalata bilhudaa walʻaẓaaba bilmag̣firah. Famaaa ʹaṣbarahum ʻalan Naar!
އެމީހުން އެއީ ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ހޯދައިގަތް ބައެކެވެ. އަދި ފާފަފުއްސެވުމުގެ ބަދަލުގައި عَذَاب ހޯދައިގަތް ބައެކެވެ. ނަރަކައިގެ އަލިފާނުގެމައްޗަށް އެމީހުންގެ ހުރި ކެތްތެރިކަމާއެވެ!!
-
2:176
ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلْكِتَـٰبَ بِٱلْحَقِّ ۗ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِى ٱلْكِتَـٰبِ لَفِى شِقَاقٍۭ بَعِيدٍ
Ẓaalika biʹannal laaha nazzalal Kitaba bil-Ḥaq̣q̣. Wa-ʹinnal laẓeenakh talafoo fil Kitaabi lafee shiq̣aaq̣im baʻeed.
އެގޮތަކީ ހަމަކަށަވަރުން ﷲ تعالى އެކަލާނގެ ފޮތް ބާވައިލެއްވީ ހަމަ حقّ ތެދުގޮތުގައެވެ. އަދި ހަމަކަށަވަރުން ފޮތާއިމެދު ދެބަސްވެ إختلاف ވާމީހުން އެވަނީ ވަރަށްބޮޑު ދެކޮޅުވެރިކަމެއްގައެވެ.
-
2:177
۞ لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَـٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَـٰٓئِكَةِ وَٱلْكِتَـٰبِ وَٱلنَّبِيِّـۧنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَـٰهَدُوا۟ ۖ وَٱلصَّـٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَـٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُتَّقُونَ
Laysal birra ʹañ tuwalloo wujoohakum q̣ibalal Mashriq̣i wal-Mag̣ribi wa-laakinnal birra man ʹaamana billaahi wal-Yawmil ʹAakhiri wal-malaaaʹikati wal-Kitaabi wan-nabiyyeen: wa-ʹaatal maala ʻalaa ḥubbihee ẓawil q̣urbaa walyataamaa walmasaakeena wabnas sabeeli wassaaaʹileena wa-fir riq̣aab: wa-ʹaq̣aamaṣ Ṣalaata wa-ʹaataz Zakaah; walmoofoona biʻahdihim iẓaa ʻaahadoo; waṣ-Ṣaabireena fil baʹsaaaʹi waḍḍarraaaʹi waḥeenal baʹas. ʹUlaaaʹikal laẓeena ṣadaq̣oo: wa-ʹulaaaʹika humul Muttaq̣oon.
ކަލޭމެންގެ މޫނުތައް مَشْرِق ފަރާތަށާއި مَغْرِبُ ފަރާތަށް އެނބުރުމަކީ އަދި ހެޔޮކަމެއްނޫނެވެ. އަދި އެހެންނަމަވެސް ހެޔޮކަމަކީ ﷲ އަށާއި آخرة ދުވަހަށާއި مَلاَئِكَة ބޭކަލުންނަށާއި ފޮތަށާއި އަދި نَبِى ބޭކަލުންނަށާއި މި އެންމެ ފަރާތްތަކަށް އީމާންވުމެވެ. އަދި މުދަލަށް ލޯބިހުރުމާއި ދަހިވެތިކަމާއެކުވެސް ގާތްތިމާގެމީހުންނަށާއި يَتِيْمُ ންނަށާއި مِسْكِيْن ންނަށާއި ދަތުރުވެރިންނަށާއި ސަލާމްޖަހާމީހުންނަށާއި އަދި އަޅުން މިނިވަންކުރުމަށާއި މިކަންކަމަށް ފައިސާއާއި މުދާ ހޭދަކުރުމެވެ. އަދި ނަމާދު قَائم ކުރުމާއި ޒަކާތް ދިނުމާއި މިކަންކަމުގައެވެ. އަދި އެމީހުން عَهْدُ ކޮށްފިއްޔާ އެ عَهْدُ ފުއްދުމުގައެވެ. އަދި فَقِيْر ކަމާއި ބަލިމަޑުކަމާއި އަދި ހަނގުރާމަ ގަދަވާހިނދުގައްޔާ މިވަގުތުތަކުގައި ކެތްތެރިވާމީހުންގައެވެ. އެފަދަ އެފަދަ މީހުންނަކީ އެމީހުން އީމާންވެގެންވާކަމުގައި ބުނިބުނުން ތެދުކުރި މީހުންނެވެ. އަދި ކަނޑައެޅިގެން އެމީހުން އެއީ تقوى ވެރިންނެވެ.
-
2:178
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌ فَٱتِّبَاعٌۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَـٰنٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ
Yaaaʹayyuhal laẓeena ʹaamanoo kutiba ʻalaykumul Q̣iṣaaṣu fil q̣atlaa: ʹalḥurru bilḥurri walʻabdu bilʻabdi wal-ʹuñs̤aa bil-ʹuñs̤aa. Faman ʻufiya lahoo min ʹakheehi shayʹuñ fattibaaʻum bilmaʻroofi wa-ʹadaaaʹun ʹilayhi biʹiḥsaan. Ẓaalika takhfeefum mir Rabbikum wa-raḥmah. Famaniʻ tadaa baʻda ẓaalika falahoo ʻaẓaabun ʹaleem.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މަރާލެވޭ މީހުންނާއިމެދު ކަލޭމެންގެމައްޗަށް މަރަށްމަރުހިފުން (قِصَاصُ ހިފުން) ކަނޑައެޅެވި فرض ކުރެވިއްޖެއެވެ. މިނިވަނަކަށް މިނިވަނަކު އަޅަކަށް އަޅަކު އަންހެނަކަށް އަންހެނަކުގެ قَوَاعِدُ ންނެވެ. (ނަމަވެސް މިއާޔަތުގައިމިވާ قواعد އަށް ބަދަލު އައިސްފައިވެއެވެ. އެއީ އެހެނިހެން ބަސްފުޅުތަކުންނާއި އަދި حديث ން ސާބިތުވާގޮތުންނެވެ. އަންހެނެއްގެ مُقَابِلُ ގައި ފިރިހެނަކު މެރޭނެކަމުގައި حديث އައިސްފައިވެއެވެ. އަދި މިކަމާބެހޭ تفصيل حكم ތައް حديث ފޮތްތަކާއި فقه ފޮތްތަކުގައި بَيَان ވެގެންވެއެވެ.) ދެންފަހެ މަރުވިމީހާގެ وَلِى ވެރިޔާގެ ފަރާތުން މީހާ މަރާލި قَاتِلُ ކަލޭގެކިބައިން قِصَاص ނުހިފައި عَفُوء ކުރެވިއްޖެއްޔާ ދެންއޮންނާނީ قَاتِلُ ގެފަރާތުން ދިޔަދިނުމެވެ. وَلِى ވެރިޔާ އެދިޔަ ނެގުމަށް قَاتِلُ ކައިރިއަށް ރަނގަޅުގޮތުގައި ދިއުން ހުއްޓެވެ. އަދި قَاتِلُ ކަލޭގެ އެދިޔަ މަރުވިމީހާގެ وَلِى ވެރިޔާއަށް إحْسَان ތެރިކަމާއެކު އަދާކުރުން ހުއްޓެވެ. (އޭ މީސްތަކުންނޭވެ!) އެއީ ކަލޭމެންގެ رَبّ ގެ حضرة ން ދެއްވާފައިވާ ލުއިކަމަކާއި رَحْمَة އެކެވެ. އެހެނީ މީހާ މެރިމީހާގެ ބޯކަނޑައިނުލައި ދޫކޮށް عَفُوء ކުރުމުގެ ބާރު މަރުވިމީހާގެ وَلِى ވެރިޔާއަށްދެއްވީ ﷲ އެވެ. އެއީ އެކަލާނގެ رحمة އެވެ. ލުޔެވެ. ދެން އެޔަށްފަހު عَدَاوة ތެރިވެ ހައްދުފަހަނަޅައިފިމީހާ އެބަހީ عَفُوء ކުރުމަށްފަހު އަލުން އެ قاتل ކަލޭގެއާއި ދިމާކޮށް އަރައިގެންފިމީހާ ދަންނައެވެ. ފަހެ އޭނާއަށް ހުރީ ވޭންދެނިވި عَذَاب އެވެ.
-
2:179
وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌ يَـٰٓأُو۟لِى ٱلْأَلْبَـٰبِ لَعَلَّكُمْ تَتَّقُونَ
Wa-lakum fil Q̣iṣaaṣi Ḥayaatuñy yaaaʹulil ʹalbaabi laʻallakum tattaq̣oon.
އޭ ބުއްދިވެރިންނޭވެ! ކަލޭމެންގެ ދިރިހުރުން ވަނީ މަރަށްމަރުހިފުމުގައެވެ. (عجائب ނުވާށެވެ! މަރަށްމަރުހިފުން، حَدّ ތައް قَائِم ކުރުން މިކަންކަމުގައި مُجْتَمَع ގެ އަމާންކަމާއި ހިތްފަސޭހަކަން ހުންނަހުއްޓެވެ. އެބާވަތުގެ ކަންތައް ނެތްނަމަ حَدّ ތައް قَائِم ނުވާނަމަ އެތަނެއް ފާސިދުވެ ބަނަވެދާނެއެވެ. مُجْتَمَع ބިރުވެރިކަމުގެތެރެއަށް ވެއްޓިދާނެއެވެ.) އަދި އެކަން ﷲ ލައްވާފައިވަނީ އެބަހީ حَدّ ތައް قَائِم ކުރުން ލައްވާފައިވަނީ ކަލޭމެން تقوى ވެރިވުމަށްޓަކައެވެ. ބިރުވެތިވުމަށްޓަކައެވެ.
-
2:180
كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ إِن تَرَكَ خَيْرًا ٱلْوَصِيَّةُ لِلْوَٰلِدَيْنِ وَٱلْأَقْرَبِينَ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ
Kutiba ʻalaykum ʹiẓaa ḥaḍara ʹaḥadakumul mawtu ʹiñ taraka khayranil waṣiyyatu lilwaalidayni wal-ʹaq̣rabeena bil-maʻroof; ḥaq̣q̣an ʻalal Muttaq̣een.
ކަލޭމެންކުރެމީހަކު މަރަށް حَاضر ވާއިރު މުދާތަކެއް ދޫކޮށްފައިވާނަމަ މައިންބަފައިންނާ ގާތްތިމާގެ މީހުންނަށާއި މިމީސްމީހުންނަށް މުދަލުން ދިނުމަށް وَصِيَّة ކުރުން ކަލޭމެންގެމައްޗަށް فرض ކުރެވިއްޖެއެވެ. ކޮންމެވެސް ރަނގަޅު މިންވަރަކަށް ދިނުން ކަނޑައެޅިއްޖެއެވެ. އެއީ تقوى ވެރިންގެ މައްޗަށް އޮތް حقّ އެއްގެ ގޮތުންނެވެ. (މިއާޔަތުގެ حكم އާއިމެދުأختلاف ވުމާއެކުވެސް أَغْلِبَيَّة ލިބިފައިވާގޮތަކީ مِيْرَات ގެ އާޔަތް ބާވައިލެއްވުމުން މިއާޔަތުގެ حُكُمْ مَنْسُوخُ ކުރެއްވީއެވެ. والله أعلم.)
-
2:181
فَمَنۢ بَدَّلَهُۥ بَعْدَ مَا سَمِعَهُۥ فَإِنَّمَآ إِثْمُهُۥ عَلَى ٱلَّذِينَ يُبَدِّلُونَهُۥٓ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ
Famam baddalahoo baʻdamaa samiʻahoo faʹinnamaaa ʹis̤muhoo ʻalal laẓeena yubaddiloonah. ʹInnal laaha Sameeʻun ʻAleem.
ދެންފަހެ މަރަށް حَاضِر ވިމީހާ وَصِيِّة ކުރާ އަޑު އެހުމަށްފަހު وَصِيِّة ބަދަލުކޮށްހެދިނަމަ އެ وَصِيِّة ބަދަލުކުރިމީހަކަށް އެކަމުގެ ފާފަހުންނަހުއްޓެވެ. ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
2:182
فَمَنْ خَافَ مِن مُّوصٍ جَنَفًا أَوْ إِثْمًا فَأَصْلَحَ بَيْنَهُمْ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Faman khaafa mim mooṣiñ janafan ʹaw ʹis̤mañ faʹaṣlaḥa baynahum falaaa ʹis̤ma ʻalayh: ʹInnal laaha G̣afoorur Raḥeem.
ފަހެ وَصِيِّة ކުރާމީހެއްގެ ކިބައިން حقّ އާއި ދުރުވާފަދަކުށެއް ނުވަތަ ފާފަވެރިވެވިދާފަދަ ކަމަކާއިމެދު ބިރުވެތިވެއްޖެމީހާ (އެހެން ދިމާވާނީ حقّ ނޫންގޮތަކަށް وَصِيِّة ކުރާނަމައެވެ. އެހެންވެއްޖެއްޔާ) އަޑުއަހަން ހުރި މީހާ އެކަން إصلاح ކޮށް ދެފަރާތަށް عَدْل ވެރިވުމަކީ އޭނާގެމައްޗަށް ފާފައޮތްކަމެއްނޫނެވެ. އަދި އެއީ ރަނގަޅުގޮތެވެ. ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رَحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
2:183
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
Yaaa-ʹayyuhal laẓeena ʹaamanoo kutiba ʻalaykumuṣ Ṣiyaamu kamaa kutiba ʻalal laẓeena miñ q̣ablikum laʻallakum tattaq̣oon.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އިސްވެދިޔަ މީސްތަކުންގެމައްޗަށްވެސް ރޯދަ فرض ކުރެވުނުފަދައިން ކަލޭމެންގެމައްޗަށްވެސް ރޯދަ فرض ކުރެވިއްޖެއެވެ. އެއީ ކަލޭމެން تقوى ވެރިވުމަށެވެ.
-
2:184
أَيَّامًا مَّعْدُودَٰتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُۥ ۚ وَأَن تَصُومُوا۟ خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ
ʹAyyaamam maʻdoodaat; famañ kaana miñkum mareeḍan ʹaw ʻalaa safariñ faʻiddatum min ʹayyaamin ʹukhar. Wa-ʻalal laẓeena yuṭeeq̣oonahoo fidyatuñ ṭaʻaamu miskeen. Famañ taṭawwaʻa khayrañ fahuwa khayrul lah. Wa-ʹañ taṣoomoo khayrul lakum ʹiñ Kuñtum taʻlamoon.
އެއީ عدد ކަނޑައެޅިގެންވާ ދުވަސްތަކެއްގައެވެ. رَمَضَان މަހުގެ ދުވަސްތަކުގައެވެ. ފަހެ ކަލޭމެންކުރެ ބަލިމީހެއްނަމަ ނުވަތަ ދަތުރުވެރިއެއްނަމަ އެދުވަސްތައް ހަމަކުރާނީ އެހެންދުވަސްތަކެއްގައެވެ. ބަލިފަސޭހަވެގެން - އަދި ދަތުރުވެރިޔާ ދަތުރު ނިމުމަށްފަހުގައެވެ. އަދި މުސްކުޅިވެ ވަރުދެރަވެ ބުރަކަމާ އުނދަގުލާއެކުމެނުވީ ރޯދަހިފުމަށް ކުޅަދާނަނުވާމީހާ ރޯދަހިފުމުގެ ބަދަލުގައި فِدْيَة ދޭށެވެ! އަދި ރޯދަމަސް އެބަހީ رَمَضَان މަހުގެ ރޯދަފިޔަވައި تَطَوُّع ގެގޮތުން سُنَّة ރޯދަހިފުން ހެޔޮވެގެންވެއެވެ. އަދި ކަލޭމެން ރޯދަހިފުމީ ކަލޭމެންނަށް އެނގޭނަމަ ކަލޭމެންނަށް ހެޔޮވެގެންވާ ކަމެކެވެ. فِدْيَة ދިނުމުގެ މިންވަރާއި އޭގެ حكم حديث ފޮތްތަކާއި فِقه ފޮތްތަކުގައިވެއެވެ.\n• ދަންނައެވެ! މިއާޔަތުގައި (وَعَلَى الَّذِينَ يُطِيقُونَهُ) މިތަނުންފެށިގެން އާޔަތް ނިމުމާއިދެމެދު މިވާ حكم ތަކުގައި ގިނަގުނަ إختلاف ތައްވެއެވެ. އޭގެތެރެއިން އަޅުގަނޑުވެސް ލިޔެފައި އެވަނީ އެއްގޮތެވެ. އެ ދިގުވާހަކަތައް މިފޮތުގައި بَيَان ކުރުން ދަތިކަމަކަށްވާތީ އެވާހަކަ ހަމައެކަނި ހަނދާންކޮށްދިނީއެވެ. އަޅުގަނޑު ލިޔެފައިމިވަނީ عامّ ކޮށް مُسْلِم ންގެމެދުގައި ހިނގާގޮތެވެ. والله أعلم.
-
2:185
شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَـٰتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ
Shahru Ramaḍaanal laẓeee ʹuñzila feehil Q̣urʹaanu hudal linnaasi wa-bayyinaatim minal hudaa wal-furq̣aan. Famañ shahida miñkumush Shahra fal-yaṣumh. Wa-mañ kaana mareeḍan ʹaw ʻalaa safariñ faʻiddatum min ʹayyaamin ʹukhar. Yureedul laahu bikumul yusra wa-laa yureedu bikumul ʻusr. Wa-litukmilul ʻiddata wa-litukabbirul laaha ʻalaa maa- hadaakum wa-laʻallakum tashkuroon.
رَمَضَانމަހަކީ އެމައްސަރެއްގައި ކީރިތި قرآن ބާވައިލެއްވުނު މައްސަރެވެ. (އެއީ لَوْحُ الْمَحْفُوظٌ ން ދުނިޔޭ އުޑަށް ޖުމްލަކޮށް ބާވައިލެއްވުމެވެ. އެބާވައިލެއްވުން ބާވައިލެއްވީ لَيْلَةُ الْقَدْرِ ވިލޭރޭގައެވެ. حديث ތަކުން ދައްކާގޮތުން އެއީ رَمَضَان މަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުން ކޮންމެވެސް ރެއެއްގައެވެ. ދެން رَسُول ﷲ ﷺ ގެ މައްޗަށް ތޭވީސް އަހަރުގެތެރޭގައި قرآن ބާވައިލައްވަވާ ނިންމެވީއެވެ. والله أعلم.) އެ قرآن ބާވައިލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްގެގޮތުންނެވެ. އަދި ތެދުމަގާއި حقّ އާއި بَاطِل ވަކިކޮށްދޭ އެތަކެއް دليل އާއި إرشاد ގެގޮތުންނެވެ. ފަހެ ކަލޭމެންގެތެރެއިން ރޯދަމަސް އެބަހީ رَمَضَان މަސް ދެކެފިމީހާ - އެބަހީ އެމީހަކަށް رَمَضَان މަހުގެ ހަނދު ސާބިތުވެއްޖެމީހާ އެމަހު ރޯދަހިފާހުށިކަމެވެ. އަދި ބަލިމީހާއާއި ދަތުރުވެރިޔާ އެމަހުގެ ރޯދަ ދުވަސްތައް ހަމަކުރާނީ އެހެންދުވަސްތަކަކުންނެވެ. (ބަލިމީހާ ބަލި ފަސޭހަވެގެން ދަތުރުވެރިޔާ ދަތުރު ނިމިގެންނެވެ.) ﷲ އެދިވޮޑިގަންނަވަނީ ކަލޭމެނަށް ލުއިގޮތް މެދުވެރިކޮށްދެއްވުމެވެ. އަދި ކަލޭމެންނަށް ދަތި އުނދަގޫގޮތް އެކަލާނގެ އެދިވޮޑިނުގަންނަވައެވެ. އެކަލާނގެ ކަލޭމެންނަށް އެލުއިތައް ދެއްވީ ބަލިމީހާއާއި ދަތުރުވެރިޔާފަދަ عُذُر ތަކުގައިވާމީހުންވެސް ރޯދައިގެ عَدَد ހަމަހަމަކޮށް ދަރުމަޔާ ثواب ފުރިހަމަކުރުމަށްޓަކައެވެ. އަދި ރޯދަހިފުމުގެ މާތްކަން ދެއްވިކަމަށްޓަކައި ﷲ އަށް މާތްކޮށްހިތައި تكبير ކިޔައި ﷲ އަށް ذِكر ކުރުމަށްޓަކައެވެ. އަދި ކަލޭމެން އެކަންކަމަށް شكر ކުރުމަށްޓަކައެވެ.
-
2:186
وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ
Wa-ʹiẓaa saʹalaka ʻibaadee ʻannee faʹinnee Q̣areeb: ʹujeebu daʻwatad daaʻi ʹiẓaa daʻaani falyastajeeboo lee wal-yuʹminoo bee laʻallahum yarshudoon.
(އޭ رَسُول ﷲ އެވެ!) ތިމަންރަސްކަލާނގެއާއިމެދު ތިމަންރަސްކަލާނގެވޮޑިގެންވީ ދުރުގައިތޯ ގާތުގައިތޯ ތިމަންރަސްކަލާނގެ އަޅުތަކުން ކަލޭގެފާނާ ސުވާލުކޮށް އަހައިފިއްޔާ ވިދާޅުވާށެވެ! ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ދާދިގާތުގައިވޮޑިގެންވަމެވެ. ތިމަންރަސްކަލާނގެއަށް دُعَاء ކޮށް ދަންނަވާމީހަކު އެމީހަކު ތިމަންރަސްކަލާނގެއަށް دُعَاء ކޮށްފިއްޔާ ތިމަންރަސްކަލާނގެ އެ دُعَاء ކުރިމީހަކަށް إجَابَة ކުރައްވަމެވެ. ޖަވާބުދެއްވަމެވެ. ފަހެ އެމީހުން دُعَاء إجَابَة ކުރެއްވުން އެދި ތިމަންރަސްކަލާނގެ حضرة ގައި ދަންނަވާށެވެ! އަދި އެމީހުން ތިމަންރަސްކަލާނގެ ތެދުކޮށް އިތުބާރުކުރާށެވެ! އެއީ އެމީހުންނަށް ތެދުމަގު ލިބުމަށްޓަކައެވެ.
-
2:187
أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ ٱللَّهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَٱلْـَٔـٰنَ بَـٰشِرُوهُنَّ وَٱبْتَغُوا۟ مَا كَتَبَ ٱللَّهُ لَكُمْ ۚ وَكُلُوا۟ وَٱشْرَبُوا۟ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلْأَبْيَضُ مِنَ ٱلْخَيْطِ ٱلْأَسْوَدِ مِنَ ٱلْفَجْرِ ۖ ثُمَّ أَتِمُّوا۟ ٱلصِّيَامَ إِلَى ٱلَّيْلِ ۚ وَلَا تُبَـٰشِرُوهُنَّ وَأَنتُمْ عَـٰكِفُونَ فِى ٱلْمَسَـٰجِدِ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَقْرَبُوهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ ءَايَـٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَّقُونَ
ʹUḥilla lakum laylataṣ Ṣiyaamir rafas̤u ʹilaa nisaaaʹikum. Hunna libaasul lakum wa-ʹañtum libaasul lahunn. ʻAlimal laahu ʹannaakum kuñtum takhtaanoona ʹañfusakum fataaba ʻalaykum wa-ʻafaa ʻañkum; falʹaana baashiroohunna wabtag̣oo maa- katabal laahu lakum, wa-kuloo washraboo ḥattaa yatabayyana lakumul khayṭul ʹabyaḍu minal khayṭil ʹaswadi minal Fajr. S̤umma ʹatimmuṣ ṣiyaama ʹilal layl; wa-laa tubaashiroohunna wa-ʹañtum ʻaakifoona fil masaajid. Tilka ḥudoodul laahi falaa taq̣raboohaa. Kaẓaalika yubayyinul laahu ʹAayaatihee linnaasi laʻallaahum yattaq̣oon.
(އޭ مؤمن ންނޭވެ!) رَمَضَان މަހުގެ ރޯދައިގެތެރޭތަކުގައި ކަލޭމެން ކަލޭމެންގެ އަންހެނުންގާތަށްގޮސް އުޅުމާ އެކަނބަލުންނާ جِمَاع ވުން حَلاَل ކުރެވިއްޖެއެވެ. - (އެކަންއޮތީ إسلام دين ގެކުރީކޮޅުގައި މަނާވެވިފައެވެ. ނަމަވެސް މިއާޔަތް ބާވައިލެއްވުމުން އެ حكم مَنْسُوخ ވީއެވެ.) -އަދި އެކަނބަލުންނަކީ ކަލޭމެން ފިރިހެނުންނަށްވާ ލިބާހެކެވެ. އަދި ކަލޭމެންނަކީ އެކަނބަލުންނަށްވާ ލިބާހެކެވެ. ދެމީހުންކުރެ ކޮންމެމީހަކީ އެކަކު އަނެކަކުގެ ސިއްރުތައް ނިވައިކުރާންވާނެ މީހެކެވެ. އަދި ނުވަތަ ދެމީހުން އެއްފޭރާމެއްގެތެރޭގައި ވާތީ އެމާނަ ކިޔަނީއެވެ. ނުވަތަ ދެމީހުން އެކަކު އަނެކަކުގެ ގައިގާ ބިހޭތީ އެމާނަ ކިޔަނީއެވެ. ލިބާސްވެސް ހުންނަނީ މީހާގެ ހަމުގައި ބީހިފައެވެ. އަދި ކަލޭމެން ކަލޭމެންގެ نفس ތަކަށް خِيَانَة ތެރިވާކަން ﷲ ދެނެވޮޑިގެންވެއެވެ. މި خِيَانَة އެއްކަމުގައި عِلْم ވެރިން بَيَان ކުރައްވަނީ ރޯދަމަހުގެ ރޭގަނޑު ކެއިންބުއިމުގެތެރޭކުރެވިދާނެ خِيَانَة އާއި އަންހެނުންގާތަށް ދެވުމުގެ خِيَانَة އެވެ. ބައެއް ބޭކަލުންގެ އަރިހުން އެފަދަ ކަންތައް މެދުވެރިވީކަމަށްވެއެވެ. އެކަންކަމާގުޅިގެން މިއާޔަތް ބާވައިލެއްވިކަމުގައި ވިއެވެ. والله أعلم. = تفسير الطّبرى = އަދި ﷲ تعالى އެމީހުންނަށް އެފަދަކަންތަކަށް توبة ލައްވައި عَفُوء ކުރެއްވިއެވެ. ފަހެ މިއާޔަތް ބާވައިލެއްވުމުން ރޯދައިގެ ރޭތަކުގައި ކަލޭމެން އަންހެނުންގައި ބީހި އަދި އެކަނބަލުންނާ جِمَاعُ ވާށެވެ! އެބަހީ: އެއީ ހުއްދަ ކަމެކެވެ. އަދި ﷲ تعالى ކަލޭމެންގެމައްޗަށް ކަނޑައަޅުއްވާފައިވާ ދަރިންވެސް ލިބުމަށް އެދޭށެވެ! އަދި ރޭގަނޑުގެ ވަގުތުގައި ކަލޭމެން ކައިބޮއިހަދާށެވެ! އެއީ ރޭގަނޑުގެ އަނދިރިކަމުގެތެރެއިން فَجُر ގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެނެވެ. ދެން އެވަގުތުން ފެށިގެން އިރުއަރައިގެންއައިސް އިރުއޮއްސެންދެން ރޭގަނޑުވަންދެން ރޯދަފުރިހަމަކުރާށެވެ! އަދި ކަލޭމެން މިސްކިތުގައި إعتكاف އަށް ތިބޭއިރު ކަލޭމެން އެކަނބަލުންގައި ބީހިނުއުޅޭށެވެ! އަދި މިބަޔާންވެދިޔައީ ﷲގެ حَدّ ތަކެވެ. ފަހެ. އެ حَدُّ ތަކާއި އިންތަކާއި ކަލޭ މެން ގާތްނުވާށެވެ! ﷲ تعالى އެކަލާނގެ އާޔަތް މީސްތަކުންނަށް بَيَان ކޮށްދެއްވަނީ އެފަދައިންނެވެ. އެއީ އެމީހުން تقوىވެރިވުމަށްޓަކައެވެ.
-
2:188
وَلَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَـٰطِلِ وَتُدْلُوا۟ بِهَآ إِلَى ٱلْحُكَّامِ لِتَأْكُلُوا۟ فَرِيقًا مِّنْ أَمْوَٰلِ ٱلنَّاسِ بِٱلْإِثْمِ وَأَنتُمْ تَعْلَمُونَ
Wa-laa taʹkulooo ʹamwaalakum̃ baynakum̃ bilbaaṭili wa-tudloo bihaaa ʹilal ḥukkaami litaʹkuloo fareeq̣am min ʹamwaalin naasi bil-ʹis̤mi wa-ʹañtum taʻlamoon.
އޭ مؤمن ންނޭވެ! ކަލޭމެން އެއްބަޔަކުގެ މުދާ بَاطِلُ ގޮތުގައި އަނެއްބަޔަކު ކައި ނުހަދާށެވެ! އެއީ حقّ ނޫން ހުރިހާ ރޮނގަކުންނެވެ. އަދި މީސްތަކުންގެ މުދަލުގެ ތެރެއިން ބައެއްތަކެތި ފާފަވެރިވެވޭނޭގޮތުން ކެއުމަށްޓަކައި ބޭނުންކުރުމަށްޓަކައި رِشْوَة ގެގޮތުގައި قَاضِى ންނަށް ނުވަތަ އެ مَقَام ގައިވާ އެއްވެސް މީހަކަށް ދީނުހަދާށެވެ! އެއީ ކަނޑައެޅިގެން ނުބައިކަމެއްކަން ކަލޭމެނަށް އެނގޭ حال އެފަދަ ކަންތައް ނުކުރާށެވެ!
-
2:189
۞ يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ ۗ وَلَيْسَ ٱلْبِرُّ بِأَن تَأْتُوا۟ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ ۗ وَأْتُوا۟ ٱلْبُيُوتَ مِنْ أَبْوَٰبِهَا ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
Yasʹaloonaka ʻanil ʹAhillah. Q̣ul hiya mawaaq̣eetu linnaasi wal-Ḥajj. Wa-laysal birru biʹañ taʹtul buyoota miñ z̤̣uhoorihaa wa-laakinnal birra manit taq̣aa. Waʹtul buyoota min ʹabwaabihaa wattaq̣ul laaha laʻallakum tufliḥoon.
(އޭ رَسُولُ ﷲ އެވެ!) މަހުގެ ފުރަތަމަރޭ ފެންނަ ހަނދާއިމެދު އެމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. އޭތި ބޮޑުވެ ކުޑަވެ ވަނީ ކީއްވެތޯ. އޭގެ مَقْصَدَ ކީ ކޮބައިތޯ އަހައި ހަދާނެއެވެ. ކަލޭގެފާނުން ވިދާޅުވާށެވެ! އެއީ حجُّ ގެ ކަންކަމުގައްޔާއި އެހެނިހެން ކަންކަމުގައިވެސް މީސްތަކުން ވަގުތު ބެލުމަށްވާ އެއްޗެކެވެ. އަދި إسلام دين ގެ حكم އައުމުގެކުރިން جَاهِلِيَّة ޒަމާނުގައި ބައެއް عَرَبِى ންގެމީހުން ހަދާގޮތަށް حجّ އަށް إحْرَام ބަނދެގެން ހުންނަމީހާ ގޭގެ أَصْلُ ދޮރުން ނުވަދެ ގޭގެފުރަގަހު ދޮރުން ނުވަތަ ފުރަގަހުގެ ކޮންމެވެސް ބާގަނޑަކުން ގެއަށް ވަނުމަކީ އެއްވެސް حال އެއްގައި ހެޔޮކަމެއްނޫނެވެ. ނަމަވެސް ހެޔޮކަމަކީ ﷲ އަށް تقوى ވެރިވެ އެކަލާނގެއަށް ކިއަމަންވެގެންވާމީހާ ކުރާ عمل އެވެ. އަދި إحرام ބަނދެގެން ހުންނަ މީހާވެސް ގެއަށްވަންނަންޏާ ގޭގެ أصل ދޮރުން ވަންނާށެވެ! އަދި ﷲ އަށް تقوى ވެރިވާށެވެ! އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބު ލިބުމަށްޓަކައެވެ. • إحرام ބަނދެގެންވާ حال ގެއަށް ވަންނަންވެއްޖެއްޔާ ގޭގެ ފަހަތުގައިވާ ދޮރަކުން ނުވަތަ ބާގަނޑަކުން ގެއަށް ވަންނަމުން ގެންދިއުމީ عَرَبِى ންގެ ބައެއް قَبِيْلَة ގެ މީހުންކުރިކަމެކެވެ. އެއީ حُمْسُ ކިޔާ ބައެކެވެ. އެމީހުންނަކީ އެނގޭގޮތުގައި ދީނުގެ ކަންކަމުގައި ބާރަށް ހިފައިގެން ތިބޭ މީހުންނެވެ. އެމީހުން އެކަންކުރީ إحرام ބަނދެގެންވާ حال ބޯނިވައިކުރެވިދާނެތީއެވެ. އެކަމުގައި ހައްދުފަހަނައެޅީއެވެ. މިއާޔަތް ބާވައިލެއްވުމުން އެކަން بَاطِل ވީއެވެ.
-
2:190
وَقَـٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَـٰتِلُونَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ
Wa-q̣aatiloo fee sabeelil laahil laẓeena yuq̣aatiloonakum wa-laa taʻtadoo; ʹinnal laaha laa- yuḥibbul muʻtadeen.
އަދި ކަލޭމެންނާއި ހަނގުރާމަކުރާ ބަޔަކާއި ކަލޭމެން مؤمن ންވެސް ﷲ ގެމަގުގައި ހަނގުރާމަކުރާށެވެ! އަދި އެހެނެއްކަމަކު ހައްދުފަހަނަޅައި ނުދާށެވެ! އަންހެނުންނާ ކުޑަކުދިން މަރައިނުހަދާށެވެ! ދެން جِزْ يَة ގެ أهل ވެރިންވެސް އެ قواعد ގެ މަތީ ދެމިތިބިހިނދަކު އެމީހުންވެސް ނުމަރާށެވެ! ހައްދުފަހަނަޅައިގަތުމަކީ މިބާވަތުގެ ކަންތައްތައް ކުރުމެވެ. ހަމަކަށަވަރުން ހައްދުފަހަނަޅައިދާ މީހުންނަށް ﷲ ލޯބިވެވޮޑި ނުގަންނަވައެވެ.
-
2:191
وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَٱلْفِتْنَةُ أَشَدُّ مِنَ ٱلْقَتْلِ ۚ وَلَا تُقَـٰتِلُوهُمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ حَتَّىٰ يُقَـٰتِلُوكُمْ فِيهِ ۖ فَإِن قَـٰتَلُوكُمْ فَٱقْتُلُوهُمْ ۗ كَذَٰلِكَ جَزَآءُ ٱلْكَـٰفِرِينَ
Waq̣-tuloohum ḥays̤u s̤aq̣iftumoohum wa-ʹakhrijoohum min ḥays̤u ʹakhrajookum walfitnatu ʹashaddu minal q̣atl. Wa-laa tuq̣aatiloohum ʻiñdal Masjidil Ḥaraami ḥattaa yuq̣aatilookum feeh; faʹiñ q̣aatalookum faq̣-tuloohum. Kaẓaalika jazaaaʹul kaafireen.
އަދި އެމީހުން އެބަހީ مُشْرِك ން ފެނުނުތާކުން ހިފައި ކަލޭމެން އެމީހުން މަރާށެވެ! އަދި އެމީހުން ކަލޭމެންގެ ގޮވަތިގެދޮރުން ނެރުނުފަދައިން ކަލޭމެންވެސް އެމީހުންގެ ގޮވަތިގެދޮރުން އެމީހުން ނެރޭށެވެ. އަދި އެމީހުން މަރާހެދުމަށްވުރެ شِرك ކުރުމުގެ ފާފަ މާބޮޑެވެ. އަދި الْمَسْجِدُ الْحَرَام ކައިރީގައި އެމީހުން ކަލޭމެންނާ ހަނގުރާމަނުކުރަނިސް ކަލޭމެން ކުރީފަށައިގެން އެމީހުންނާ ހަނގުރާމަ ނުކުރާށެވެ! މުޅި مكّة ގެ حرم ގެ حكم އަކީވެސް މިއެވެ. ދެން އެމީހުން އެތާގައި ކަލޭމެންނާ ހަނގުރާމަކުރަންޏާ ކަލޭމެންވެސް އެމީހުންނާ ހަނގުރާމަކޮށް މަރައި ހަދާށެވެ! ކާފަރުންގެ جَزاء ހުރީ އެފަދައިންނެވެ.
-
2:192
فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Faʹiniñ tahaw faʹinnal laaha G̣afoorur Raḥeem.
ފަހެ އެ مُشْرِك ންގެމީހުން ކަލޭމެންނާ ހަނގުރާމަކުރުން ހުއްޓައި އެމީހުންގެ ކާފަރުކަމުން تَوبة ވެ إسلام ވެއްޖެއްޔާ ފަހެ ހަމަކަށަވަރުން ﷲ تعالى އެމީހުންގެ ފާފަފުއްސަވާ ހުއްޓެވެ. އެހެނީ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
2:193
وَقَـٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ لِلَّهِ ۖ فَإِنِ ٱنتَهَوْا۟ فَلَا عُدْوَٰنَ إِلَّا عَلَى ٱلظَّـٰلِمِينَ
Wa-q̣aatiloohum ḥattaa laa- takoona fitnatuñw wayakoonad Deenu lillaah; faʹiniñ tahaw falaa ʻudwaana ʹillaa ʻalaz̤̣ z̤̣aalimeen.
އޭ مؤمن ންނޭވެ! އެއްވެސް شِرك އެއްނެތި އަޅުކަންކުރުމާއި ކިޔަމަންތެރިކަން ﷲ އަށް އެކަނި خاصّ ވެއްޖައުމަށްދާންދެން ކަލޭމެން އެ مشرك ންނާ ހަނގުރާމަ ކުރާށެވެ! ދެންފަހެ އެމީހުން ހަނގުރާމަ ހުއްޓައި އިސްލާމް دين އަށް ވަދެ دين ގެ ކަންތައްތައް لاَزِمُ ކޮށްގެންފިއްޔާ ދެން ކަލޭމެން އެމީހުންނާ عَدَاوة ތެރިވެ ދެކޮޅުވެރިވެގަތުމެއްނެތެވެ. ހަމައެކަނި ދެންވެސް ތިބި مشرك ންގެމައްޗަށް މެނުވީއެވެ.
-
2:194
ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَـٰتُ قِصَاصٌ ۚ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
ʹAsh-Shahrul Ḥaraamu bish-Shahril Ḥaraami wal-ḥurumaatu q̣iṣaaṣ. Famaniʻ tadaa ʻalaykum faʻtadoo ʻalayhi bimis̤li maʻ tadaa ʻalaykum. Wattaq̣ul laaha waʻlamooo ʹannal laaha maʻal Muttaq̣een.
حُرْمة ތެރިކުރެވިގެންވާ މައްސަރުގެ مُقَابِلُ ގައިވަނީ حُرْمَة ތެރިކުރެވިގެންވާ މައްސަރެވެ. (رَسُولُ ﷲ ﷺ صُلْحُ الْحُدَيْبِيَّة ގެ އަހަރު عُمْرَة އަށް ވަޑައިގެންނެވީ ذُوالقَعْدَة މަހުގައެވެ. އެދުވަހު އެކަލޭގެފާނާ مشرك ންނާދެމެދު ވެވުނު صُلح އައިގެމަތީ އެކަލޭގެފާނު مَكّة އަށް ވެދެވަޑައިނުގެން އަނބުރާ مدينة އަށް ވަޑައިގެންނެވީއެވެ. އެއީ هجرة އިން ހަވަނައަހަރެވެ. ދެން އައިއަހަރު قواعد ގެމަތީން ހަމަ ذُوالقَعْدَة މަހު مَكّة އިން مَكّة ގެ أهل ވެރިން ނުކުމެ ނުވަތަ ނެރެވި رَسُولُ ﷲ ﷺ އާއި އެކަލޭގެފާނުންގެ أصحاب ން ތިންދުވަސްވާދެން مكّة ގައިތިބެ عُمْرَة ގެ ކަންތައް ނިންމެވިއެވެ. ކުރީގެ ذُوالقَعْدَة މަހުގެ مُقَابِل ގައި އަނެއްއަހަރުގެ ذُوالقَعْدَة މަސް ﷲ تعالى އެކަލޭގެފާނަށް ދެއްވީއެވެ.) އެއީވެސް ހަމަ قِصَاص އެވެ. އެހެންވެ ދެން އެ އަންގަވަނީ حُرْمَة ތެރިވެގެންވާ ކަންކަމުގައިވެސް قِصَاص ވާނޭކަމަށެވެ. - މިކަމަކީވެސް مشرك ންގެ ކިބައިން ﷲ تعالى ހިއްޕެވި قِصَاص އެކެވެ. - ދެން އެ އަންގަވަނީ: ކަލޭމެންނާ عَداوة ތެރިވެ ހައްދުފަހަނަޅައިގަތް ބަޔަކާއި ކަލޭމެންވެސް عَداوة ތެރިވެ ދިމާކުރުން އޮންނާންވާނީ އެމީހުންވެސް ކަލޭމެންނާ عَداوة ތެރިވެ ދިމާކުރި މިންވަރަކަށެވެ. އެއަށްވުރެ ބޮޑަށް އަނިޔާކޮށް ދިމާކުރުމާމެދު ކަލޭމެން ބިރުވެތިވާހުށިކަމެވެ! ﷲ އަށް تقوى ވެރިވާށެވެ! އަދި ﷲ تعالى تقوى ވެރިންނާއިއެކު ވޮޑިގެންވާކަން ކަލޭމެން ދަންނާށެވެ! އެބަހީ އެކަލާނގެ އެމީހުންނަށް އެހީވެވޮޑިގެންނެވުމާއި އެކަލާނގެއޯގާވަންތަވެ ވޮޑިގަތުން އެމީހުންނަށް އަބަދުވެސް އޮންނާނެކަން ކަލޭމެން ދަންނާށެވެ!
-
2:195
وَأَنفِقُوا۟ فِى سَبِيلِ ٱللَّهِ وَلَا تُلْقُوا۟ بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ ۛ وَأَحْسِنُوٓا۟ ۛ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ
Wa-ʻañfiq̣oo fee sabeelil laahi wa-laa tulq̣oo biʹaydeekum ʹilat tahlukah. Wa-ʹaḥsinooo ʹinnal laaha yuḥibbul Muḥsineen.
އަދި ﷲ ގެމަގުގައި ކަލޭމެން ހޭދަކުރާށެވެ! އަދި ކަލޭމެންގެ އަމިއްލަ އަތްތަކުން ކަލޭމެން ހަލާކުގެތެރެއަށް އެއްލައި ނުލާށެވެ! ދޫކޮށް ނުލާށެވެ. އެހެނީ ﷲ ގެމަގުގައި ތިމާ ހޭދަކުރަންޖެހޭ މިންވަރަށް ތިމާއަށް فرضވާ މިންވަރަށް ހޭދަނުކުރުމީ ތިމާ ހަލާކުގެތެރެއަށް ވައްޓައިލުމެވެ. އެހެން އެހަދަނީ ތިމާ ތިމާއަށެވެ. އަދި ހޭދަކުރުމުގައި إحسان ތެރިވާށެވެ! إخلاص ތެރިވާށެވެ! ﷲ ގެ دين ކުރިއެރުވުމަށް ހޭދަކުރާށެވެ! ހަމަކަށަވަރުން إحسان ތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
-
2:196
وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۖ وَلَا تَحْلِقُوا۟ رُءُوسَكُمْ حَتَّىٰ يَبْلُغَ ٱلْهَدْىُ مَحِلَّهُۥ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِۦٓ أَذًى مِّن رَّأْسِهِۦ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ ۚ فَإِذَآ أَمِنتُمْ فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَـٰثَةِ أَيَّامٍ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗ ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُۥ حَاضِرِى ٱلْمَسْجِدِ ٱلْحَرَامِ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
Wa-ʹatimmul Ḥajja wal-ʻumrata lillaah. Faʹin ʹuḥṣirtum famas taysara minal hadyi, wa-laa taḥliq̣oo ruʹoosakum ḥattan yablug̣al hadyu maḥillah. Famañ kaana miñkum mareeḍan ʹaw biheee ʹaẓam mir raʹsihee fafidyatum miñ ṣiyaamin ʹaw ṣadaq̣atin ʹaw nusuk. Faʹiẓaaa ʹamiñtum, famañ tamattaʻa bil-Umrati ʹilal Ḥajji famas taysara minal hadyi. Famal lam yajid faṣiyaamu s̤alaas̤ati ʹayyaamiñ fil Ḥajji wa-sabʻatin ʹiẓaa rajaʻtum. Tilka ʹasharatuñ kaamilah. Ẓaalika limal lam yakun ʹahluhoo ḥaaḍiril Masjidil Ḥaraam. Wattaq̣ul laaha waʻlamooo ʹannal laaha Shadeedul ʻiq̣aab.
އޭ مؤمن ންނޭވެ! ﷲ تعالى އަށްޓަކައި ކަލޭމެން حَجّ އާއި عُمْرَة ގެ އަޅުކަން ބަރާބަރަށް ފުރިހަމަ ކުރާށެވެ! އަދި حجّ ނުވަތަ عُمْرَة އަށް إحرام ބަނުމަށްފަހު مكّة އަށް އައިސް حجّ ގެ ކަންތައް އަދާނުކުރެވެނިސް މަގުބަންދުވެގެން (عَدُوُّ ންގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުންނަމަވެސް) ނާދެވޭގޮތް ދިމާވެއްޖެއްޔާ އެހުރިތަނަކުން هَدْىُ ކަތިލައި ނުވަތަ هَدْىُ حَرَم އަށް ހަދިޔާކޮށް إحْرَام ކަނޑާށެވެ! އަދި هَدْىُ އޭގެ مَحَلّ އަށް ފޯރައްޖައުމަށްދާންދެން ކަލޭމެންގެ ބޯތައް ނުބައިލާށެވެ! (މިއިން ކޮންމެ حكم އެއްގައި إخْتِلاَف ވެފައިވެއެވެ. އަދި تفصيل ވާހަކަވެއެވެ. އެވާހަކަތައް އެހެން ދަނޑިވަޅެއްގައި ބަޔާންކުރުމުގެ أمّيد ގައި އިހަށް ބާއްވަމެވެ.) ދެން އަދި ކަލޭމެންކުރެ މީހަކު ބަލިވެގެން ނުވަތަ ބޮލުގައި އުކުނުއެޅުންފަދަ އުނދަގުލެއްވެގެން ބޯ ބައިލަން ދިމާވެއްޖެނަމަ ބޯބައިލާފާ فِدْيَة ދޭށެވެ! އެއީ ތިންދުވަހު ރޯދަހިފުން ނުވަތަ ހަމިސްކީނުންނަށް ކާއެތިކޮޅުދިނުން ނުވަތަ ބަކައްޓެއް ކަތިލުމެވެ. - ދެން إحْصَار ވުމުގެ ކަންތަކުން އަމާންވެގެން حَجُّ، عمرة ގެ ކަންތައް އަދާކުރުމަށްދާމީހާ حَجُّ ފަހުންކުރާގޮތަށް عُمْرَة އަށް ކުރިން إحْرَام ބަނދެ (تَمَتُّعُ ވާނަމަ هَدْىُ ކަތިލުން ހުއްޓެވެ. އެއީ ބަކައްޓެއް ކަތިލުމެވެ. ނުވަތަ ހަތްމީހުން ބައިވެރިވެގެން ޖަމަލެއް ނުވަތަ ގެރިއެއް ކަތިލުމެވެ. ކަތިލާނެ ބަކައްޓެއް ނުލިބުނުމީހާ حَجُّ ގެތެރޭގައި ތިންދުވަހު ރޯދަހިފައި އަނބުރާ ރަށަށް އައިސް ހަތްދުވަހު ރޯދަހިފުން ހުއްޓެވެ. އެއީ ބަރާބަރު ފުރިހަމަ ދިހަދުވަހުގެ ރޯދައެވެ. ނަމަވެސް މި هَدْىُ ކަތިލުމުގެ وَاجب ކަން އޮންނާނީ مكّة ގެ أهل ވެރިންނޫން މީހުންނަށެވެ. (المَسْجِدُ الحرام ގެ ކައިރީގައި حَاضِر ވެ ދިރިއުޅޭމީހުންނޫން މީހުނެވެ.) އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! تقوى ވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ عُقُوبَة ގަދަވެގެންވާ ކަލާނގެއެވެ.
-
2:197
ٱلْحَجُّ أَشْهُرٌ مَّعْلُومَـٰتٌ ۚ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِى ٱلْحَجِّ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ يَعْلَمْهُ ٱللَّهُ ۗ وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ ۚ وَٱتَّقُونِ يَـٰٓأُو۟لِى ٱلْأَلْبَـٰبِ
ʹAl-Ḥajju ʹashhurum maʻ-loomaat. Famañ faraḍa feehinnal Ḥajja falaa rafas̤a wa-laa fusooq̣a wa-laa jidaala fil Ḥajj. Wa-maa tafʻaloo min khayriñy yaʻlamhul laah. Wa-tazawwadoo faʹinna khayraz zaadit taq̣waa. Wattaq̣ooni yaaaʹulil ʹalbaab.
حَجّ އަށް إحْرَام ބަނުމުގެ مُوسم އަކީ މައްސަރުތަކެކެވެ. އެއީ حَجُّ مُوسم އެވެ. އެއީ شَوَّال މަހާއި ذُوالْقَعدَة މަހާއި حَجُّ މަހުގެ ފުރަތަމަ ދިހަދުވަހެވެ. (ނުވަތަ އެތިންމަސްދުވަސް އެކަށެވެ.) ފަހެ އެ مُوسم ގައި حَجّ އަށް إحرام ބަނދެ حَجّ ގެ އަޅުކަމުގެތެރެއަށް ވަދެގެންފިމީހާގެމައްޗަށް އަންހެނުންނާ جِمَاعُ ވުމާއި އެކަމާބެހޭ ވާހަކަ ދައްކައި އެރޮނގުން ބީހިއުޅުން حرام ވާނެއެވެ. އަދި فَاسِقُ ވެ ގަތުމެއްނެތެވެ. އެއީ ﷲ އަށް އުރެދުމުގެ އެންމެހައި ކަންކަމެވެ. އަދި حَجّ ގެތެރޭގައި އެކަކު އަނެކަކު ޒުވާބުކޮށް جَدَلُ ކޮށް އަރައިރުންވުމެއްނެތެވެ. މިއީ ހައްތާވެސް حَرَام ކަންކަމެވެ. އެޔާ خلاف އަށް ހެޔޮކަންތައްތައް ކުރާށެވެ! ހެޔޮކަންކަމުގެ ތެރެއިން ކަލޭމެންކުރާ ކޮންމެ ކަމެއްމެ ﷲ ދެނެވޮޑިގެންވެއެވެ. އެކަންކަމަށް އެކަލާނގެ ހެޔޮޖަޒާދެއްވާ ހުއްޓެވެ. އަދި حَجّ ދަތުރަށް ފުރާއިރުވެސް ދަތުރުމަތީގެ ކާނާ ހޯދާ ތައްޔާރުކުރާށެވެ! އެންމެ ހެޔޮވެގެންވާ ކާނާއަކީ تقوى ވެރިކަމެވެ. ﷲ އަށް ކިޔަމަންވެ طَاعَة އަދާކުރުމެވެ. އޭ ބުއްދިވެރިންނޭވެ! ކަލޭމެން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! ތިމަންރަސްކަލާނގެ އަމުރުތަކަށް ކިޔަމަންވެ ނަހީކުރެއްވި ކަންތަކާ ދުރުވެގަންނާށެވެ! تقوى ވެރިވުމުގެ ޙަޤީޤަތަކީ އެއީއެވެ.
-
2:198
لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ ۚ فَإِذَآ أَفَضْتُم مِّنْ عَرَفَـٰتٍ فَٱذْكُرُوا۟ ٱللَّهَ عِندَ ٱلْمَشْعَرِ ٱلْحَرَامِ ۖ وَٱذْكُرُوهُ كَمَا هَدَىٰكُمْ وَإِن كُنتُم مِّن قَبْلِهِۦ لَمِنَ ٱلضَّآلِّينَ
Laysa ʻalaykum junaaḥun ʹañ tabtag̣oo faḍ-lam mir Rabbikum. Faʹiẓaaa ʹafaḍtum min ʻArafaatiñ faẓkurul laaha ʻiñdal Mashʻaril Ḥaraam. Waẓ-kuroohu kamaa hadaakum. wa-ʹiñ kuñtum miñ q̣ablihee laminaḍ ḍaaalleeen.
އޭ مؤمن ންނޭވެ! حَجّ އަށް إحرام ބަނދެގެންހުއްޓަސް حَجّ ގެތެރޭގައި ވިޔަފާރިކޮށް ގަނެވިއްކުމުގެ ކަންތައް ހިންގައި ﷲ ގެ حضرة ން فَضْلَ ވަންތަކަމާއި ދީލަތިކަން އެދުމަކީ ކަލޭމެންގެމައްޗަށް ކުށެއް އޮތްކަމެއްނޫނެވެ. މަނާކަމެއްނޫނެވެ. ދެންފަހެ عرفات ގައިހުރެ އެކަން ނިމުމުން އަވަސްއަވަހަށް مُزْدَلِفَة އަށް އައިސް އެތާނގައިވާ المَشْعَرُ الْحَرَام އެވެ ކިޔާ މިސްކިތުގައި އަދި ނުވަތަ މިސްކިތްކައިރީގައި އަދި ނުވަތަ މުޅި مُزْدَلِفَة ގައި ﷲ އަށް ذِكر ކުރާށެވެ! މިއިން މުރާދުކުރެވޭ އެއްކަމަކީ مَغْرِبُ ނަމާދާ عِشَاء ނަމާދާ ދެނަމާދު جمع ކޮށް އެތާނގައިކުރުމާއި ދެންވެސް ﷲ އަށް ذِكر ކުރުމާއި ފަތިސްނަމާދު އެތާނގައި ކުރުމެވެ. އަދި އެކަލާނގެ ކަލޭމެންނަށް ތެދުމަގު ދެއްކެވިކަމަށްޓަކައި ކަލޭމެން އެކަލާނގެއަށް ذِكر ކުރާށެވެ! އަދި ހަމަކަށަވަރުން އެކަލާނގެ ތެދުމަގު ދެއްކެވުމުގެ ކުރީގައި ކަލޭމެންވީ މަގުފުރެދިގެންވާ މީހުންގެތެރެއިންނެވެ.
-
2:199
ثُمَّ أَفِيضُوا۟ مِنْ حَيْثُ أَفَاضَ ٱلنَّاسُ وَٱسْتَغْفِرُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
S̤umma ʹafeeḍoo min ḥays̤u ʹafaaḍan naasu wastag̣firul laah. ʹInnal laaha G̣afoorur Raḥeem.
ދެން مُزْدَلِفَة އިން مِنَى އަށް إبراهيم عليه السّلام ވަޑައިގެންނެވިފަދައިން ކަލޭމެންވެސް ދާށެވެ! އަދި ފާފަފުއްސެވުން އެދި ﷲ ގެ حضرة ގައި ދަންނަވާށެވެ! ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
2:200
فَإِذَا قَضَيْتُم مَّنَـٰسِكَكُمْ فَٱذْكُرُوا۟ ٱللَّهَ كَذِكْرِكُمْ ءَابَآءَكُمْ أَوْ أَشَدَّ ذِكْرًا ۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍ
Faʹiẓaa q̣adaytum manaasikakum faẓkurul laaha kazikrikum, ʹaabaaaʹakum ʹaw ʹashadda ẓikraa. Faminan naasi mañy yaq̣oolu Rabbanaaa ʹaatinaa fid dunyaa wa-maa lahoo fil ʹAakhirati min khalaaq̣.
ދެންފަހެ ބޮޑު عيد ދުވަހު مِنَى ގައްޔާއި مكّة ގައި ކަލޭމެންގެ نُسُكُ ތައް އަދާކޮށް ނިންމުމަށްފަހު - އެ نُسُكُ ތަކަކީ جَمْرَه އަށް ހިލައުކުމާ ބޯބޭލުން ނުވަތަ ކޮށުމާއި ކަތިލުމާ ގެފުޅަށްގޮސް طَوَافُ الإفَاضَة ކުރުމެވެ. މީގެތެރެއިން ކޮންމެވެސް ދެކަމެއް ކުރެވުމުން ފުދިދެއެވެ. ދެން ބާކީހުރި ކަންތައް أيَّامُ التَشريق ތެރޭ ކުރުންހުއްޓެވެ.) ދެން منى ގައިތިބެ ﷲ އަށް ذِكر ކުރާށެވެ! އެއީ ކަލޭމެންގެ ކާބަފައިން ކުރިގޮތަށެވެ. ނުވަތަ އެއަށްވުރެވެސް ގިނައިންނެވެ. ފަހެ މީސްތަކުންގެ ތެރޭގައި ހަމައެކަނި (رَبَّنَا آتِنَا فِى الدُّنْيَا - އޭ އަޅަމެންގެ رَبّ އެވެ! އަޅަމެނަށް ދުނިޔޭގައި ދެއްވާނދޭވެ!) މިހެން ކިޔައި دُعَاء ކުރާމީހުންވެއެވެ. އެމީހުންނަށް آخرة ގައި އެއްވެސް ނަސީބެއް ކާމިޔާބީއެއްނެތެވެ.
-
2:201
وَمِنْهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ
Wa-minhum mañy yaq̣oolu Rabanaaa ʹaatinaa fid dunyaa ḥasanatañw wa-fil ʹAakhirati ḥasanatañw wa-q̣inaa ʻaẓaaban Naar.
އަދި އެމީހުންގެތެރޭގައި رَبَّنَا آتِنَا فِى الدُّنْيَا حَسَنَةً وَفِى الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ - އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނަށް ދުނިޔޭގައި ހެޔޮކަންދެއްވާށެވެ! އަދި آخرة ގައިވެސް އަޅަމެންނަށް ހެޔޮކަންދެއްވައި އަޅަމެން ނަރަކައިގެ عَذَاب ން ސަލާމަތްކުރައްވާނދޭވެ! މިހެން دُعَاء ކުރާމީހުންވެއެވެ.
-
2:202
أُو۟لَـٰٓئِكَ لَهُمْ نَصِيبٌ مِّمَّا كَسَبُوا۟ ۚ وَٱللَّهُ سَرِيعُ ٱلْحِسَابِ
ʹUlaaaʹika lahum naṣeebum mimmaa kasaboo: wal-laahu Sareeʻul ḥisaab.
އެމީހުންނަކީ އެމީހުންގެ މަސައްކަތުން، ކުރިހެޔޮ عمل ތަކުގެ ސަބަބުން ކާމިޔާބުވެ ނަސީބުލިބޭނޭ މީހުންނެވެ. އަދި ﷲ އީ ހިސާބު ބެއްލެވުމުގައި އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.
-
2:203
۞ وَٱذْكُرُوا۟ ٱللَّهَ فِىٓ أَيَّامٍ مَّعْدُودَٰتٍ ۚ فَمَن تَعَجَّلَ فِى يَوْمَيْنِ فَلَآ إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَآ إِثْمَ عَلَيْهِ ۚ لِمَنِ ٱتَّقَىٰ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُمْ إِلَيْهِ تُحْشَرُونَ
Waẓkurul laaha feee ʹayyaamim maʻdoodaat. Famañ taʻajjala fee yawmayni falaaa ʹis̤ma ʻalayh. Wa-mañ taʹakhkhara falaaa ʹis̤ma ʻalayhi limanit taq̣aa. Wattaq̣ul laaha waʻlamooo ʹannakum ʹilayhi tuḥsharoon.
އަދި عدد ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ކަލޭމެން ﷲ އަށް ذِكر ކުރާށެވެ! އެއީ مِنَى ގައި ތިބެ أيّام التَّشريق ގެ ދުވަސްތަކުގައި تَكْبِير ކިޔައި ﷲ އަށް تَعْظِيْم ކޮށް މާތްކޮށް ހިތުމުގެ ވާހަކައެވެ. ދެންފަހެ حَجُّ މަހުގެ އެގާރަވަނަ ދުވަހާއި ބާރަވަނަދުވަހާއި ދެދުވަހު ތިބެފައި ފުރައިގެންދާ މީހާގެމައްޗަކަށްވެސް ކުށެއްނެތެވެ. އަދި ތޭރަވަނަދުވަހު ހިލައުކާފައިދާން ލަސްކޮށްގެން ހުރި މީހާގެ މައްޗަކަށްވެސް ކުށެއްނެތެވެ. އެއީ تقوى ވެރިންނަށް އޮތްކަމެކެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ދަންނާށެވެ! قيامة ދުވަހުން ކަލޭމެން محشر ކުރެވޭނީ އެއްކުރެވޭނީ ހަމަ އެކަލާނގެ حضرة އަށެވެ.
-
2:204
وَمِنَ ٱلنَّاسِ مَن يُعْجِبُكَ قَوْلُهُۥ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيُشْهِدُ ٱللَّهَ عَلَىٰ مَا فِى قَلْبِهِۦ وَهُوَ أَلَدُّ ٱلْخِصَامِ
Wa-minan naasi mañy yuʻjibuka q̣awluhoo fil ḥayaatid dunyaa wa-yushhidul laaha ʻalaa maa- fee q̣albihee wa-huwa ʹaladdul khis̤aam.
އަދި މީސްތަކުންގެތެރޭގައި އެމީހާގެބަހުން ކަލޭގެފާނު عجائب ކޮށްލާމީހުންވެއެވެ. (އެއީ أخْنَسْ بنُ شَرِيْقُ ކަމުގައި ނުވަތަ مُنَافق ންގެ މީހަކުކަމުގައި ބުނެވުނެވެ. އޭނާ رَسُول ﷲ ﷺ ގެ އަރިހަށް އައިސް إسلام ކަން ފާޅުކޮށް - އަދި އޭނާ އެބުނަނީ ތެދެއްކަމުގައި ﷲ ހެކިވެސް ކުރުވިއެވެ. މިއާޔަތާއި މީގެފަހުގެ އާޔަތުގައި އެވަނީ އޭނާގެ ވާހަކައެވެ. ދެން އޭނާ رَسُول އާގެ އަރިހުން ނުކުމެގެންގޮސް مسلم ންކުރެމީހެއްގެ ދަނޑެއް އަންދާލާ حِمَار ތަކެއްގެ ބަނޑުފަޅާ خراب ކުރިއެވެ.) އޭނާގެ ބަސް ފޮނިކަމުން رَسُول ﷲ ﷺ عجائب ކޮށްލިކަމުގައިވިއެވެ. އަދި އޭނާ އެބުނަނީ ތެދެއްކަމުގައި ﷲ ހެކިކުރުވިއެވެ. އެހެނެއްކަމަކު އޭނާއަކީ ހަމަ ދެކޮޅުވެރިކަން ގަދަވެގެންވާ ދެކޮޅުވެރި ނުބައި މީހެކެވެ.
-
2:205
وَإِذَا تَوَلَّىٰ سَعَىٰ فِى ٱلْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ ٱلْحَرْثَ وَٱلنَّسْلَ ۗ وَٱللَّهُ لَا يُحِبُّ ٱلْفَسَادَ
Wa-ʹiẓaa tawallaa saʻaa fil ʹarḍi liyufsida fihaa wa-yuhlikal ḥars̤a wannasl. Wal-laahu laa- yuḥibbul fasaad.
އޭނާ އެނބުރި ފުރަގަސްދީފިއްޔާ ބިމުގައި ފަސާދަކުރުމަށް މަސައްކަތްކުރެއެވެ. އަދި ދަނޑުބިމާއި نَسْلُ ހަލާކުކުރެއެވެ. ޖަނަވާރު މަރާހަދައެވެ. އަދި ފަސާދަކުރުމަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
-
2:206
وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتْهُ ٱلْعِزَّةُ بِٱلْإِثْمِ ۚ فَحَسْبُهُۥ جَهَنَّمُ ۚ وَلَبِئْسَ ٱلْمِهَادُ
Wa-ʹiẓaa q̣eela lahut taq̣il laaha ʹakhaẓathul ʻizzatu bil-ʹis̤mi faḥasbuhoo Jahannam; wa-labiʹsal mihaad!
އަދި އޭނާގާތު ﷲ އަށް ކަލޭ ބިރުވެތިވެ تقوى ވެރިވާށޭ ބުނެވިއްޖެއްޔާ ފާފަވެރިވެވޭނޭގޮތުން ބޮޑާވެ ކިބުރުވެރިކަން އިސްކުރެއެވެ. ފަހެ އޭނާއަށް ނަރަކަ ފުދެއެވެ. އެއީ ނުބައިވެގެންވާ ތަންމައްޗެކެވެ.
-
2:207
وَمِنَ ٱلنَّاسِ مَن يَشْرِى نَفْسَهُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ
Wa-minan naasi mañy yashree nafsahub tig̣aaaʹa Marḍaatil laah: wallaahu Raʹoofum bilʻibaad.
އަދި މީސްތަކުންގެތެރޭގައި ﷲ ގެ ރުހިވޮޑިގަތުމަށް އެދި ތިމާގެ نفس ވިއްކާ މީހުންވެއެވެ. އަދި ﷲ تعالىއީ އެކަލާނގެ އަޅުތަކުންގެ މައްޗަށް ނުހަނު އޯގާވަންތަވެވޮޑިގެންވާ ކަލާނގެއެވެ.\nމިއާޔަތް ބާވައިލެއްވުނީ صُهَيْبُ الرّومى އާ މެދުގައިކަމުގައިވިއެވެ. އެކަލޭގެފާނުންގެ މުދާ އެމީހުންނަށް ދީފާ މުދާދޫކޮށްފާ ހަމައެކަނި نفس އާއިގެން هجرة އަށް ވަޑައިގަތީއެވެ. والله أعلم.
-
2:208
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱدْخُلُوا۟ فِى ٱلسِّلْمِ كَآفَّةً وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
Yaaaʹayyuhal laẓeena ʹaamanud khuloo fis Silmi kaaaffah; wa-laa tattabiʻoo khuṭuwaatish Shaytaan. ʹInnahoo lakum ʻaduwwum mubeen.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން އެންމެން އެކީއެކަށް إسلام ދީނަށް ވަންނާށެވެ! ﷲ އަށް ކިޔަމަންތެރިވާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކާއި تَبَعَ ނުވާށެވެ! ގިނަގިނައިން އުރެދުންތަކަށް އަރައިނުގަންނާށެވެ! ހަމަކަށަވަރުން އެސޮރަކީ ކަލޭމެނަށް عَدَاوَة ތެރިކަން بَيَان ވެގެންވާ عَدُوّ އެކެވެ.
-
2:209
فَإِن زَلَلْتُم مِّنۢ بَعْدِ مَا جَآءَتْكُمُ ٱلْبَيِّنَـٰتُ فَٱعْلَمُوٓا۟ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ
Faʹiñ zalaltum mim baʻdi maa- jaaaʹatkumul Bayyinaatu faʻlamooo ʹannal laaha ʻAzeezun Ḥakeem.
ފަހެ ކަލޭމެންގާތަށް بَيَان ވެގެން دليل އައުމަށްފަހު، إسلام دين އަކީ حقّ دين ކަމުގެ حُجَّة އައުމަށްފަހު ކަލޭމެން އެ حقّ ދޫކޮށް ދުރަށްޖެހިއްޖެއްޔާ، إسلام دين إختيار ނުކުރިއްޔާ އެކަލާނގެ ކަލޭމެންގެ ކިބައިން އޭގެ بَدَلُ ހިތްޕަވާނެއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެކަން ކަލޭމެން ދަންނާށެވެ!
-
2:210
هَلْ يَنظُرُونَ إِلَّآ أَن يَأْتِيَهُمُ ٱللَّهُ فِى ظُلَلٍ مِّنَ ٱلْغَمَامِ وَٱلْمَلَـٰٓئِكَةُ وَقُضِىَ ٱلْأَمْرُ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
Hal yañz̤̣uroona ʹillaaa ʹañy yaʹtiyahumul laahu fee z̤̣ulalim minal g̣amaami walmalaaaʹikatu wa-q̣uḍiyal ʹamr? Wa-ʹilal laahi turjaʻul ʹumoor.
އެމީހުން يعني مُشْرِك ންގެމީހުން އެމީހުންގެގާތަށް ވިލާފުސްގަނޑެއްގެ ނިވަލުގައި ﷲ ވޮޑިގަތުމަށްމެނުވީ އަދި مَلاَئِكَة ބޭކަލުން ވަޑައިގަތުމަށްމެނުވީ އެމީހުން އެބަ إنْتِظَارُ ކުރޭހެއްޔެވެ؟ އެބަހީ އެމީހުން އެ إنْتِظَارُ ކުރަނީ އެކަމަށެވެ. ދެން އެމީހުންގެމެދުގައި ނިޔާކުރެވި ނިމުމަށެވެ. قِيَامة ވެ ހިސާބުބައްލަވާ ނިމުމަށެވެ. އަދި އެންމެހައި ކަންތައް رُجُوعُ ވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.
-
2:211
سَلْ بَنِىٓ إِسْرَٰٓءِيلَ كَمْ ءَاتَيْنَـٰهُم مِّنْ ءَايَةٍۭ بَيِّنَةٍ ۗ وَمَن يُبَدِّلْ نِعْمَةَ ٱللَّهِ مِنۢ بَعْدِ مَا جَآءَتْهُ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
Sal Baneee ʹIsraaaʹeela kam ʹaataynaahum min ʹAayatim bayyinah. Wa-mañy yubaddil niʻmatal laa-hi mim baʻdi maa- jaaaʹathu faʹinnal laaha Shadeedul ʻiq̣aab.
(އޭ رسول ﷲ އެވެ!) بَني إسرائيل މީހުންގެގާތަށް ކިތައްކިތައް مُعْجِزَة އައިތޯ مُوسى عليه السّلام ގެ رَسُول ކަން އެއީ حقّ رَسول ކަމެއްކަން بَيَان ކޮށްދޭ ކިތައްކިތައް دليل އައިތޯ ކަލޭގެފާނު އެމީހުންގެކުރެން ނިކަން އައްސަވާބައްލަވާށެވެ. ނަމަވެސް އެމީހުންގެ ގިނަމީހުން އެކަންކަން ތެދުނުކޮށް އެކަލޭގެފާނަށް އީމާންނުވެ ﷲ އެމީހުންނަށް އެދެއްވި ބޮޑު نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެމީހެއްގެގާތަށް ﷲ ގެ نعمة އައުމަށްފަހު އެ نعمة ބަދަލުކޮށްފިމީހަކަށް ﷲ تعالى عُقُوبَة ދެއްވާހުއްޓެވެ. ފަހެ ހަމަކަށަވަރުން ﷲ تعالى އީ عُقُوبَة ދެއްވުން ގަދަވެގެންވާ ކަލާނގެއެވެ.
-
2:212
زُيِّنَ لِلَّذِينَ كَفَرُوا۟ ٱلْحَيَوٰةُ ٱلدُّنْيَا وَيَسْخَرُونَ مِنَ ٱلَّذِينَ ءَامَنُوا۟ ۘ وَٱلَّذِينَ ٱتَّقَوْا۟ فَوْقَهُمْ يَوْمَ ٱلْقِيَـٰمَةِ ۗ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ
Zuyyina lillaẓeena kafarul ḥayaatud dunyaa wa-yas-kharoona minal laẓeena ʹaamanoo. Wallaẓeenat taq̣aw fawq̣ahum Yawmal Q̣iyaamah. Wallaahu yarzuq̣u mañy yashaaaʹu big̣ayri ḥisaab.
އަދި ކާފަރުވީ މީސްތަކުންނަށް މިއަވަސްވެގެންވާ دُنْيَوى حَيَاة ގެ ލޯބިވެތިކަން ޒީނަތްތެރިކުރެވިގެންވެއެވެ. فخر ވެރިވުމާއި، رِيَاسَة އާއި މުދާގިނަކުރުމާއި މިބާވަތުގެ އެންމެހައިކަމެއް ޒީނަތްތެރިކުރެވިގެންވެއެވެ. އަދި އީމާންވެ ﷲ އަށް ކިޔަމަންވެގެންވާ މީސްތަކުންނަށް މިމީހުން މަލާމާތްކޮށް ގޮއްވާހަދައެވެ. އަދި އެކަމަކު قيامة ދުވަހުން تقوى ވެރިވީ މީސްތަކުންވާނީ މިކާފަރުންގަނޑުގެ މާމަތީގައެވެ. އެމީހުންވާނީ ސުވަރުގޭގައެވެ. ކާފަރުންވާނީ ނަރަކައިގައެވެ. އަދި تقوى ވެރިވީ މީސްތަކުންނަށް ގިނަގުނަވެގެންވާ نعمة އާއި كَرَامَة މާތް ﷲ ދެއްވާހުއްޓެވެ. އަދި ﷲ އެދިވޮޑިގެންނެވި އަޅަކަށް އެއްވެސް މިންވަރެއްނެތި އެކަލާނގެ ރިޒުގުދެއްވައެވެ.
-
2:213
كَانَ ٱلنَّاسُ أُمَّةً وَٰحِدَةً فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلْكِتَـٰبَ بِٱلْحَقِّ لِيَحْكُمَ بَيْنَ ٱلنَّاسِ فِيمَا ٱخْتَلَفُوا۟ فِيهِ ۚ وَمَا ٱخْتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ بَغْيًۢا بَيْنَهُمْ ۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُوا۟ لِمَا ٱخْتَلَفُوا۟ فِيهِ مِنَ ٱلْحَقِّ بِإِذْنِهِۦ ۗ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Kaanan naasu ʹummatañw waaḥidah; fabaʻas̤al laahun nabiyyeena Mubashshireena wa-Muñẓireen: wa-ʹañzala maʻahumul Kitaaba bilḥaq̣q̣i liyaḥkuma baynan naasi feemakh talafooo feeh. Wa-makh talafa feehi ʹillal laẓeena ʹootoohu mim baʻdi maa- jaaaʹathumul bayyinaatu bag̣yam baynahum. Fahadal lahul laẓeena ʹaamanoo limakh talafoo feehi minal Ḥaq̣q̣i biʹiẓnih. Wallaahu yahdee mañy yashaaaʹu ʹilaa Ṣiraaṭim Mustaq̣eem.
(آدم عليه السّلام ން ފެށިގެން نوح عليه السّلام އާއި ދެމެދު) އުޅުނުމީހުންވީ އެއް دين އެއްގައެވެ. އެއީ توحيد ގެ دين އެވެ. އެއީ އެއްހާސް އަހަރުގެ މުއްދަތެވެ. ދެން އޭގެފަހުން މީސްތަކުންގެމެދުގައި شرك އުފެދި إختلاف ތައް އުފެދުމުން ދެން އުފާވެރިކަމުގެ خبر ދެއްވާ އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލުންގެގޮތުގައި ﷲ تعالى ނަބީބޭކަލުން ފޮނުއްވީއެވެ. އަދި އެބޭކަލުންނާއެކު حقّ ގޮތުގައި ފޮތްވެސް ބާވައިލައްވައިފިއެވެ. އެއީ މީސްތަކުންގެމެދުގައި إختلاف ވެފައިވާކަންކަމުގައި މީސްތަކުންގެމެދުގައި حكم ކުރެއްވުމަށެވެ. އަދި އެބަޔަކަށް ފޮތްދެވުނު މީހުން މެނުވީ سَمَاوِي ފޮތާއިމެދު ނުވަތަ توراة އާއިމެދު إختلاف ނުވެއެވެ. އެމީހުންނަކީ بني إسرائيل ންގެ މީހުންނެވެ. އަދި އެމީހުން އެ إختلاف ވީ އެމީހުންގެގާތަށް ބަޔާންވެގެންވާ دليل އާއި ހެކި އައުމަށްފަހުގައެވެ. އެމީހުންގެމެދުގައި އޮތް ދެކޮޅުވެރިކަމުންނެވެ. ދެންފަހެ އެމީހުންގެތެރެއިން އީމާންވީ މީހުންނަށް ﷲ تعالى އެމީހުންގެމެދުގައި إختلاف ވީކަންކަމަށް ތެދުމަގު ދެއްކެވިއެވެ. އެކަލާނގެ إذن ފުޅަށް އޭގެ حقّ ގޮތް ދެއްކެވިއެވެ. އެމީހުންގެމެދުގައި إختلاف ވެ ދެބަސްވީކަމުގައިވީ ހަފްތާގެދުވަސް إختيار ކުރުމުގައެވެ. ހުކުރުދުވަސް إختيار ކުރުމަށް އެބައިމީހުންގެތެރެއިން އެއްވެސްބަޔަކަށް ތެދުމަގެއް ނުލިބުނެވެ. އެކަމަށް ތެދުމަގު ލިބުނީ ހަމައެކަނި މި أمَّة އަށެވެ. މި أمَّة އަށް ހުކުރުދުވަހެވެ. يهودي ންނަށް ހޮނިހިރުދުވަހެވެ. نَصَارى އިންނަށް އާދީއްތަ ދުވަހެވެ. އެހެންވެ ﷲ އެއަންގަވަނީ ﷲ އިރާދަކުރެއްވި އަޅަކަށް ސީދާވެގެންވާ ތެދުމަގަށް އެކަލާނގެ މަގުދައްކަވައެވެ.
-
2:214
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ
ʹAm ḥasibtum ʹañ tadkhulul Jannata wa-lammaa yaʹ-tikum mas̤alul laẓeena khalaw miñ q̣ablikum? Massathumul baʹsaaaʹu waḍḍarraaaʹu wa-zulziloo ḥattaa yaq̣oolar Rasoolu wallaẓeena ʹaamanoo maʻahoo mataa naṣrul laah? ʹAlaaa ʹinna naṣral laahi q̣areeb!
އޭ مؤمن ންނޭވެ! އިސްވެދިޔަ نَبِى ބޭކަލުންނާ تَبَعَ ވެވަޑައިގެންނެވި މާތްބޭކަލުންނަށް ދިމާވިފަދަ إمتحان އާއި ދަތިއުނދަގޫގޮތްތައް އަދި ދިމާނުވަނިސް ސުވަރުގެވަނުމަށް ކަލޭމެން ހީކުރަނީހެއްޔެވެ؟ އެމީހުންނަށް ބަނޑުހައިހޫނުކަމާއި ދަތިއުދަނގޫތައް ދިމާވިއެވެ. އަދި ބިރުވެރިކަމާއި ސިހުންތެރިކަމުން ގޮސް ގުޑުގުޑު އަޅައިގެން ދިޔައެވެ. رَسُول އާ އާއި އަދި އެކަލޭގެފާނުންގެ އަރިހުގައި އީމާންވެތިބިމީހުންވެސް ﷲ ގެ نصر އަންނާނީ ކޮންއިރަކުންބާވައޭ ވިދާޅުވާހިސާބަށް ކަންތައް ދިޔައެވެ. ދަންނާށެވެ! ﷲ ގެ نصر ދާދިގާތެވެ.
-
2:215
يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
Yasʹaloonaka maa-ẓaa yuñfiq̣oon. Q̣ul maaa ʹañfaq̣tum min khayriñ falilwaalidayni wal-ʹaq̣rabeena walyataamaa wal-masaakeeni wabnis sabeel. Wa-maa tafʻaloo min khayriñ faʹinnal laaha bihee ʻAleem.
އޭ رَسُول ﷲ އެވެ! ހޭދަކޮށް صَدَقَة ދޭނެ މުދަލަކާމެދު އެމީހުން ކަލޭގެފާނާއި ސުވާލުކުރާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! މުދަލުގެތެރެއިން ކަލޭމެން ހޭދަކުރާ އެއްޗެއްވިއްޔާ އެއެއްޗެއް ހޭދަކުރަންވާނީ މައިންބަފައިންނަށާއި ގާތްތިމާގެމީހުންނަށާއި يَتِيْمُ ންނަށާއި މިސްކީނުންނަށާއި ދަތުރުވެރިންނަށެވެ. އަދި ކަލޭމެން ހެޔޮކަމުގެ ތެރެއިން ކުރި ކޮންމެކަމެއްވެސް ﷲ ދެނެވޮޑިގެންވެއެވެ. • ދަންނައެވެ! މިއާޔަތަކީ ޒަކާތުގެ އާޔަތް ބާވައިލެއްވުމުގެ ކުރީގެ އާޔަތެއްކަމުގައި ބައެއް ބޭކަލުން ވިދާޅުވެއެވެ. • އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ މިއީ ޒަކާތް ފިޔަވައި ދެންކުރާ سُنَّة ހޭދަތައްކަމުގައެވެ. والله أعلم.
-
2:216
كُتِبَ عَلَيْكُمُ ٱلْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰٓ أَن تُحِبُّوا۟ شَيْـًٔا وَهُوَ شَرٌّ لَّكُمْ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
Kutiba ʻalaykumul q̣itaalu wa-huwa kurhul lakum. Wa-ʻasaaa ʹañ takrahoo shayʹañw wahuwa khayrul lakum. Wa-ʻasaaa ʹañ tuḥibboo shayʹañw wahuwa sharrul lakum. Wallaahu yaʻlamu wa-ʹañtum laa- taʻlamoon.
އޭ مؤمن ންނޭވެ! އެކަމަކީ ކަލޭމެންނަށް ނުރުހެވޭ ކަމަކަށްވާ حال ކަލޭމެންގެމައްޗަށް ހަނގުރާމަ فرض ކުރެވިއްޖެއެވެ. އަދި އެކަމަކީ ކަލޭމެންނަށް އެކަމުގައި ހެވާ ލާބަހުރިކަމަކަށްވިޔަސް ކަލޭމެން ނުރުހިދާނެއެވެ. އަދި ހަމައެފަދައިން އެކަމެއްގައި ކަލޭމެނަށް ނުބަޔާ ގެއްލުން ހުރިކަމަކަށްވާ ކަންކަމަށް ކަލޭމެން ލޯބިކޮށްފާނެއެވެ. ކަމުގެ حقيقة ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ.
-
2:217
يَسْـَٔلُونَكَ عَنِ ٱلشَّهْرِ ٱلْحَرَامِ قِتَالٍ فِيهِ ۖ قُلْ قِتَالٌ فِيهِ كَبِيرٌ ۖ وَصَدٌّ عَن سَبِيلِ ٱللَّهِ وَكُفْرٌۢ بِهِۦ وَٱلْمَسْجِدِ ٱلْحَرَامِ وَإِخْرَاجُ أَهْلِهِۦ مِنْهُ أَكْبَرُ عِندَ ٱللَّهِ ۚ وَٱلْفِتْنَةُ أَكْبَرُ مِنَ ٱلْقَتْلِ ۗ وَلَا يَزَالُونَ يُقَـٰتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ ٱسْتَطَـٰعُوا۟ ۚ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِۦ فَيَمُتْ وَهُوَ كَافِرٌ فَأُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ
Yasʹaloonaka ʻanish shahril Ḥaraami q̣itaaliñ feeh. Q̣ul q̣itaaluñ feehi kabeer. Wa-ṣaddun ʻañ sabeelil laahi wa-kufrum bihee wal-Masjidil Ḥaraami wa-ʹikhraaju ʹahlihee minhu ʹakbaru ʻiñdal laah. Wal-fitnatu ʹakbaru minal q̣atl. Wa-laa yazaaloona yuq̣aatiloonakum ḥattaa yaruddookum ʻañ Deenikum ʹinis taṭaaʻoo. Wa-mañy yartadid miñkum ʻañ Deenihee fayamut wa-huwa kaafiruñ faʹulaaaʹika ḥabiṭat ʹaʻmaaluhum fid dunyaa wal-ʹAakhirah. Wa-ʹulaaaʹika ʹAṣḥaabun Naari hum feehaa khaalidoon.
އޭ رَسُول ﷲ އެވެ! حُرْمَة ތެރި މައްސަރުގައި ހަނގުރާމަ ކުރުމާމެދު އެކަމުގެ حكم އާއިމެދު ކަލޭގެފާނުންގެ أصحاب ން ކަލޭގެފާނާއި ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! حرمة ތެރި މައްސަރުގައި ހަނގުރާމަކޮށް ލޭއޮހޮރުވުމަކީ ބޮޑުފާފައެކެވެ. އަދި އެހެނެއްކަމަކު ﷲ ގެ މަގު ބަންދުކޮށް إسلام دين އަށް ނުވަދެ އަދި އެދީނަށް މީހުން ވަނަނުދީ ހިފެހެއްޓުމާއި އަދި المسجد الحرام އަށް މީހުން އަޔަނުދީ ހިފެހެއްޓުމާއި އަދި އެކަލާނގެއަށް ކާފަރުވުމާއި އަދި އެތާނގެ أهل ވެރިން އެތަނުން ނެރުމާއި މިކަންކަން އެއަށްވުރެ މާބޮޑެވެ. (މިހުރިހާ ކަމަކީވެސް مشرك ންގެމީހުން مؤمن ންނާމެދު ކުރިކަންކަމެވެ.) އަދި شِرْكُ ކުރުމުގެ ފާފަ މީހުން މެރުމުގެ ފާފައަށްވުރެ މާބޮޑެވެ. އަދި އޭ مؤمن ންނޭވެ! އެ مُشْرِكُ ންގެމީހުން އެމީހުންނަށް ކުޅަދާނަވާނެނަމަ ކަލޭމެން ކަލޭމެންގެ دين ން ބޭރުކޮށް مُرْتَدُّ ވެއްޖައުމަށްދާންދެން އެމީހުން ކަލޭމެނާއި ހަނގުރާމަކުރާނެއެވެ. އަދި ތިމާގެ دين ދޫކޮށް مُرْتَدُّ ވެ އެ ކާފަރުކަންމަތީ މަރުވެއްޖެ މީހުން ދަންނައެވެ. އެމީހުންގެ ހެޔޮ عمل ތައް ދުނިޔެއާއި آخرة ގައިވެސް بَاطل ވީއެވެ. އަދި އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.
-
2:218
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ أُو۟لَـٰٓئِكَ يَرْجُونَ رَحْمَتَ ٱللَّهِ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
ʹInnal laẓeena ʹaamanoo wallaẓeena haajaroo wa-jaahadoo fee Sabeelil laahi ʹulaaaʹika yarjoona Raḥmatal laah: wallaahu G̣afoorur Raḥeem.
ހަމަކަށަވަރުން އީމާންވީމީހުން އަދި އެމީހުން هجرة ކޮށް އަދި އެމީހުން ﷲ ގެ މަގުގައި جِهادُ ކޮށް އަދި އެމީހުން ﷲ ގެ رحمة އަށް އެދޭމީހުން - (ﷲ އެކަލާނގެ فضل ވަންތަކަމުން އެމީހުންނަށް رحمة ލައްވާ އެމީހުން ސުވަރުގެ ވެއްދެވުން أمّيد ކުރެވެއެވެ.) އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
2:219
۞ يَسْـَٔلُونَكَ عَنِ ٱلْخَمْرِ وَٱلْمَيْسِرِ ۖ قُلْ فِيهِمَآ إِثْمٌ كَبِيرٌ وَمَنَـٰفِعُ لِلنَّاسِ وَإِثْمُهُمَآ أَكْبَرُ مِن نَّفْعِهِمَا ۗ وَيَسْـَٔلُونَكَ مَاذَا يُنفِقُونَ قُلِ ٱلْعَفْوَ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَتَفَكَّرُونَ
Yasʹaloonaka ʻanil khamri walmaysir. Q̣ul feehimaaa ʹis̤muñ kabeeruñw wamanaafiʻu linnaas: Wa-ʹis̤muhumaaa ʹakbaru min nafʻihimaa. Wa-Yasʹaloonaka maaẓaa yuñfiq̣oon. Q̣ulil ʻafw. Kaẓaalika yubayyinul laahu lakumul ʹaayaati laʻallakum tatafakkaroon
(އޭ رَسُول ﷲ އެވެ!) ބަނގުރަލާއި ޖުވާކުޅުމާ މިދެކަމުގެ حكم އާއިމެދު ކަލޭގެފާނުންގެ أصْحَابُ ބޭކަލުން ކަލޭގެފާނާއި ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެދެއެތީގައި ނުވަތަ އެދެކަމުގައި ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި މީސްތަކުންނަށްވާ މަންފާވެސްވެއެވެ. އަދި އެކަމަކު އެދެއެތީގެ މަންފާޔަށްވުރެ އެދޭތީގެ ފާފަ މާބޮޑެވެ. (ބަނގުރާ حَرَام ވުމާމެދު އައިސްފައިވަނީ قرآن ގައި ތިންއާޔަތެކެވެ. ފުރަތަމަ އާޔަތަކީ މިއީއެވެ. ދެވަނަ އާޔަތް އެވަނީ نِسَاء ސޫރަތުގައެވެ. ތިންވަނަ އާޔަތް އެވަނީ مَائِدَة ސޫރަތުގައެވެ.)\nއަދި އެމީހުން ހޭދަކޮށް صَدَقَة ދީހަދާނީ ކޮންއެއްޗެއްތޯ އެމީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއެއްޗަކީ އިތުރަށްހުރި އެއްޗެކެވެ. ތިމާއަށް لاَزِم ވާ خَرَد ކޮށް އިތުރަށް ހުރި އެއްޗެކެވެ. އެއީ އަދި فرض زكاة އެއްނޫނެވެ. ﷲ تعالى ކަލޭމެންނަށްޓަކައި دليل ތަކާއި حُجَّة ތައް بَيَان ކޮށްދެއްވަނީ ކަލޭމެން فكر ކޮށް ވިސްނާހެދުމަށެވެ.
-
2:220
فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۗ وَيَسْـَٔلُونَكَ عَنِ ٱلْيَتَـٰمَىٰ ۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ ۚ وَلَوْ شَآءَ ٱللَّهُ لَأَعْنَتَكُمْ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
Fid dunyaa wal-ʹAakhirah. Wa-yasʹaloonaka ʻanil yataamaa. Q̣ul ʹiṣlaaḥul lahum khayr. Wa-ʹiñ tukhaaliṭoohum faʹikhwaanukum. Wallaahu yaʻlamul mufsida minal muṣliḥ. Wa-law shaaaʹal laahu laʹaʻnatakum: ʹInnal laaha ʻAzeezun Ḥakeem.
އެއީ ދުނިޔެއާއި آخرة އާއިމެދު ވިސްނާ فكر ކުރުމަށެވެ. ދުނިޔެއަކީ بَلاَ ޔާ މުސީބަތުގެ ތަނެވެ. ފަނާވުން އަވަސްތަނެވެ. آخرة އަކީ جَزَاء ދެއްވުމުގެ ގޮވައްޗެވެ. ދެމިހުންނަނިވި ގޮވައްޗެވެ. آخرة ގެ ކަންތައް އިސްކުރުން އެދެވިގެންވެއެވެ. އެއީ ބުއްދިވެރިންގެ حكمة އެވެ. އަދި يتيم ކުދިންނާމެދުވެސް އެމީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކުދިންގެ ކަންތަކާއި އެކުދިންގެ މުދާ إصلاح ކޮށްހެދުމީ ހެޔޮވެގެންވާ ކަމެކެވެ. އަދި އެކުދިން ކަލޭމެނާއެކުވެ އެކީ އުޅޭކަމަށްވަންޏާ އެއީ ހަމަކަލޭމެންގެ أخ ންނެވެ. مؤمن ންގެގޮތުން أخ ންނެވެ. އަދި އެކުވެ މައްސުނިވެގެން އުޅުނަސް އެކުދިންގެ މުދާ بَاطِل ގޮތުގައި ނުހައްގުން ކެއުމާމެދު ބިރުވެތިވުން ހުއްޓެވެ. އަދި އެކުދިންގެ ކަންތައް ފާސިދުކުރާމީހުންނާ إصلاح ކުރާމީހުން ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ އެދިވޮޑިގެންނެވިނަމަ يتيم ންގެ ކަންތައް ކަލޭމެންގެމައްޗަށް ދަތިއުނދަގޫކަމަކަށް އެކަލާނގެ ލައްވައިފީހެވެ. ހަމަކަށަވަރުން ﷲ އީ عِزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
2:221
وَلَا تَنكِحُوا۟ ٱلْمُشْرِكَـٰتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنكِحُوا۟ ٱلْمُشْرِكِينَ حَتَّىٰ يُؤْمِنُوا۟ ۚ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ ۗ أُو۟لَـٰٓئِكَ يَدْعُونَ إِلَى ٱلنَّارِ ۖ وَٱللَّهُ يَدْعُوٓا۟ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِۦ ۖ وَيُبَيِّنُ ءَايَـٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ
Wa-laa tañkiḥul mushrikaati ḥattaa yuʹminn: wa-laʹamatum muʹminatun khayrum mim mushrikatiñw walaw ʹaʻjabatkum. Wa-laa tuñkiḥul mushrikeena ḥattaa yuʹminoo: wa-laʻabdum muʹminun khayrum mim mushrikiñw wa law ʹaʻjabakum. ʹUlaaaʹika yadʻoona ʹilan Naar. Wallaahu yadʻoo ʹilal Jannati wal-mag̣firati biʹiẓnih, wa-yubayyinu ʹaayaatihee linnaasi laʻallahum yataẓakkaroon.
އޭ مؤمن ންނޭވެ! يهودي ންނާއި نصارى އިންގެ އަންހެނުން ފިޔަވައި ދެން އެހެނިހެން مُشْرِك އަންހެނުންނާ ކަލޭމެން مؤمن ފިރިހެނުން ނުއިންނާށެވެ! ކާވެނި ނުކުރާށެވެ. އެކަނބަލުން ކަލޭމެންނާ ކިތައްމެ ވަރަކަށް ހިތައިވިޔަސްމެއެވެ. އެއީ އެކަނބަލުން ކާފަރުކަން ދޫކޮށް إيمان ވާންދެންނެވެ. އަދި ކިތަންމެ ރީތިވެފައި عجائب ވިޔަސް، مُشْرك އަންހެނަކަށްވުރެ مؤمن އަޅަކު މާހެޔޮވެގެންވެއެވެ. އަދި އޭ مؤمن ފިރިހެނުންނޭވެ. ކަލޭމެންގެ مؤمن އަންހެނުން مشرك ފިރިހެނުންނާ ނުދެވާށެވެ! އެފިރިހެނުން އީމާންވާދެންނެވެ. مشرك ފިރިހެނަކާ ކިތައްމެ ވަރަކަށް ކަލޭމެން ގަޔާވެ عجائب ކުރުވިޔަސް مؤمن އަޅު ފިރިހެންމީހާ مشرك މިނިވަނަކަށްވުރެ މާރަނގަޅެވެ. އެހެނީ مشرك ފިރިހެންމީހާ މަގުދައްކާ ގޮވާހަދާނީ ނަރަކައިގެފަރާތަށެވެ. އަދި ﷲ دعوة ދެއްވާ މަގުދައްކަވާނީ ސުވަރުގެޔާ ފާފަފުއްސެވުމަށެވެ. އަދި ﷲ تعالى އެކަލާނގެ އާޔަތްތައް މީސްތަކުންނަށް بَيَان ކޮށްދެއްވަނީ އެމީހުން ހަނދާންކޮށް وعظ نصيحة ލިބިގަތުމަށެވެ.
-
2:222
وَيَسْـَٔلُونَكَ عَنِ ٱلْمَحِيضِ ۖ قُلْ هُوَ أَذًى فَٱعْتَزِلُوا۟ ٱلنِّسَآءَ فِى ٱلْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ ٱللَّهُ ۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلْمُتَطَهِّرِينَ
Wa-yasʹaloonaka ʻanil maḥeeḍ. Q̣ul huwa ʹaẓañ faʻtazilun nisaaaʹa fil maḥeeḍi wa-laa taq̣raboohunna ḥattaa yaṭhurn. Faʹiẓaa taṭahharna faʹtoohunna min ḥays̤u ʹamarakumul laah. ʹInnal laaha yuḥibbut Tawwaabeena wa-yuḥibbul Mutaṭahhireen.
އޭ رَسُول ﷲ އެވެ! حيض އާއިމެދު ކަލޭގެފާނުންގެ أصحاب ން ކަލޭގެފާނާ ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ހަޑިކަމެކެވެ. އުދަނގުލެކެވެ. ފަހެ އަންހެނުންގެ حيض ގެ ވަގުތު ކަލޭމެން އެކަނބަލުންނާ جماع ނުވާށެވެ! (ފޫޅާ ކަކުލާދެމެދު ފިޔަވައި އެހެނިހެން ތަންތާ ބީހިއުޅުން ހުއްދައެވެ.) އެއީ އެކަނބަލުން حيض ގެ ކަންތައް ނިމި طاهر ވެގަންނާންދެންނެވެ. ދެންފަހެ އެކަނބަލުން طاهر ވެގެންފިއްޔާ ކަލޭމެނަށް ﷲ އަމުރުކުރެއްވިފަދައަކުން އެކަނބަލުންގައި ބީހި އެކަނބަލުންނާ جماع ވާށެވެ! އެއީ ހުއްދަކަމެކެވެ. (ﷲ أمر ކުރެއްވިފަދައިންނޭ އޮތް ބަސްފުޅުން މުރާދުކުރެވެނީ އެކަނބަލުންގެ ކުރިމަތިފަރާތުގައި جماع ވުމާއި ފުރަގަސްފަރާތުގައި جماع ނުވުމެވެ. އަދި ކުރިމަތިފަރާތުގައިނަމަވެސް حيض ގެ ދުވަސްވަރު جماع ނުވުމެވެ.) ހަމަކަށަވަރުން ގިނަގިނައިން تَوبة ވާ މީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި طاهر ވެގަންނަމީހުންނަށް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.
-
2:223
نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا۟ لِأَنفُسِكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُم مُّلَـٰقُوهُ ۗ وَبَشِّرِ ٱلْمُؤْمِنِينَ
Nisaaaʹukum ḥars̤ul lakum: faʹtoo ḥars̤akum ʹannaa shiʹtum; wa-q̣addimoo liʹañfusikum; wattaq̣ul laaha waʻlamooo ʹannakum mulaaq̣ooh: Wa-bash-shiril Muʹmineen.
(އޭ مؤمن ފިރިހެނުންނޭވެ!) ކަލޭމެންގެ އަނބީންނަކީ ކަލޭމެންނަށްވާ ދަނޑުބިމެއްފަދަ އެއްޗެކެވެ. ކަލޭމެންގެ ދަރިން حَاصِل ވުމުގެ ދަނޑެވެ. ފަހެ ކަލޭމެން އެދޭފަދައަކުން ކަލޭމެންގެ ދަނޑު ލިބިގަންނާށެވެ! އަދި ކަލޭމެންގެ އަމިއްލަ نفس އަށް ހެޔޮކަންތައް އިސްކުރާށެވެ! އަދި ނުވަތަ ދަރިން ލިބުމަށްވެސް އެދޭށެވެ! އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ހަމަކަށަވަރުން ކަލޭމެންނަކީ އެކަލާނގެއާއި ބައްދަލުވާނޭ ބަޔަކުކަން ހަނދާންކުރާށެވެ! އަދި مؤمن ންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ!
-
2:224
وَلَا تَجْعَلُوا۟ ٱللَّهَ عُرْضَةً لِّأَيْمَـٰنِكُمْ أَن تَبَرُّوا۟ وَتَتَّقُوا۟ وَتُصْلِحُوا۟ بَيْنَ ٱلنَّاسِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ
Wa-laa tajʻalul laaha ʻurḍatal liʹaymaanikum ʹañ tabarroo wa-tattaq̣oo wa-tuṣliḥoo baynan naas; Wallaahu Sameeʻun ʻAleem.
އަދި ކަލޭމެން ބަރީއަވެގަތުމަށާއި تقوى ވެރިނުވުމަށާއި އަދި މީސްތަކުންގެމެދުގައި ރަނގަޅުކޮށް إصلاح ނުކުރުމަށް ހުށަހެޅޭ ބާރެއްކަމުގައި ކަލޭމެން ﷲ ނުލާށެވެ! އެބަހީ ރަނގަޅުކަންތައް ނުކުރުމަށް ﷲ ގަންދީ ހުވައިނުކުރާށެވެ! އެފަދަ ހުވައެއްކޮށްފިއްޔާ ކައްފާރާދީފާ ހުވައިން ބަރީއަވެގަންނާށެވެ! އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
2:225
لَّا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَـٰنِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَٱللَّهُ غَفُورٌ حَلِيمٌ
Laa- yuʹaakhiẓukumul laahu billag̣wi fee ʹaymaanikum wa-laakiñy yuʹaakhiẓukum̃ bimaa kasabat q̣uloobukum; wallaahu G̣afoorun Ḥaleem.
އަދި އެއްވެސް ގަސްދެއްނެތި لَغْوُ ގެ ގޮތުގައި ބޭކާރުގޮތުގައި ކަލޭމެންކުރާ ހުވަޔަކަށް ﷲ ކަލޭމެންނަށް عُقُوبَة ނުދެއްވައެވެ. އަދި އެހެންނަމަވެސް އެކަލާނގެ ކަލޭމެންނަށް عقوبة ދެއްވާ ހިއްޕަވަނީ ކަލޭމެންގެ ހިތްތަކުން ގަސްދުގައި ބުނާބުނުމަށެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ކުއްލިއަކަށް عقوبة ނުދެއްވާ ކޯފާ މަޑު ރަސްކަލާނގެއެވެ.
-
2:226
لِّلَّذِينَ يُؤْلُونَ مِن نِّسَآئِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ ۖ فَإِن فَآءُو فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Lillaẓeena yuʹloona min nisaaaʹihim tarabbuṣu ʹarbaʻati ʹashhur! faʹiñ faaaʹoo faʹinnal laaha G̣afoorur Raḥeem.
އެބަޔަކު ތިމާމެންގެ އަނބީންގާތު ރޭނުކުރުމަށް ހުވައިކޮށްފިމީހުން ހަތަރުމަސްދުވަސްވާންދެން إنتظار ކުރާށެވެ! ދެންފަހެ އޭނާ އެކުރި ހުވައިން رُجُوع ވެ ކާވެނީގެމަތީ ދެމިހުރުމަށް އެދެންޏާ އަނބިމީހާއާއި جِمَاعُ ވުން ހުއްޓެވެ. އެކަމަކު ހުވައިގެ كَفَّارَة ދީފައެވެ. އެހެންނޫންނަމަ ވަރިކުރުންހުއްޓެވެ. (ދެން މިކަމާބެހޭ تفصيل حكم ތައް އެކަމުގެ ބާބުތަކުގައި حديث ފޮތްތަކާއި فقه ފޮތްތަކުގައި ލިޔެވިގެންވެއެވެ. މިއީ އަދި އެކަމުގެ تفصيل ފޮތެއްނޫނެވެ. والله أعلم) ފަހެ ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
2:227
وَإِنْ عَزَمُوا۟ ٱلطَّلَـٰقَ فَإِنَّ ٱللَّهَ سَمِيعٌ عَلِيمٌ
Wa-ʹin ʻazamuṭ ṭalaaq̣a faʹinnal laaha Sameeʻun ʻAleem.
އަދި އެމީހުން ވަރިކުރަން ގަސްތުކުރަންޏާ ވަރިކުރުން ހުއްޓެވެ. ފަހެ ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
2:228
وَٱلْمُطَلَّقَـٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَـٰثَةَ قُرُوٓءٍ ۚ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِىٓ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوٓا۟ إِصْلَـٰحًا ۚ وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَٱللَّهُ عَزِيزٌ حَكِيمٌ
Walmuṭallaq̣aatu yatarabbaṣna biʹañfusihinna s̤alaas̤ata q̣uroooʹ. Wa-laa yaḥillu lahunna ʹañy yaktumna maa- khalaq̣al laahu feee ʹarḥaamihinna ʹiñ kunna yuʹminna bil-laahi wal-Yawmil ʹAakhir. Wa-buʻoola-tuhunna ʹaḥaq̣q̣u biraddihinna fee ẓaalika ʹin ʹaraadooo ʹiṣlaaḥaa. Wa-lahunna mis̤lul laẓee ʻalayhinna bilmaʻroof: wa-lir-rijaali ʻalayhinna darajah. Wallaahu ʻAzeezun Ḥakeem.
އަދި ވަރިކުރެވިފައިވާ އަންހެނުން އެކަނބަލުން ތިން قُرُوءُ ވާނދެން عِدَّة ގައި އިންނާށެވެ! އެއީ ތިން حيض ނުވަތަ ތިން طُهُرُ އެވެ. އަދި އެވަގުތުގެތެރޭގައި އެކަނބަލުންގެ رَحِمُ ގެތެރޭގައި ﷲ ހައްދަވާފައިވާ އެއްޗެއް (ބަލިވެ އިންކަމަށްވަންޏާ ބަލިވެއިންކަން ނުވަތަ ނޫންކަން) މިއިން އެއްވެސްކަމެއް ވަންހަނާކުރުން އެކަނބަލުންނަށް حلال ވެގެން ނުވެއެވެ. އެކަނބަލުން ﷲ އަށާއި آخرة ދުވަހަށް އީމާންވަންޏާ އެފަދަ ކަންތައްތައް ވަންހަނާކުރުން ހުއްދަވެގެން ނުވެއެވެ. އަދި رُجُوعى ވަރިއެއްނަމަ އެކަނބަލުން އެވަރިކުރި ފިރިހެންމީހާ އަލުންވެސް އެއަންހެންމީހާއާއި رُجُوع ކުރުން حقّ ކަންބޮޑެވެ. އެއީ އެދެމީހުން إصلاح ކުރުމަށް އެދެންޏާއެވެ. އަދި عِدَّة ގައި އިންނަ އަންހެންމީހާއަށް خَرَد ކުރުމާއި އެކުއުޅުމުގެ ރަނގަޅުކަމުގެގޮތުން އެފަދަ އެފަދައަންހެނުންނަށް އޮތް حقّ އޮންނަންވާނެއެވެ. އަދި ފިރިހެނުންނަށްޓަކައި އެކަނބަލުންގެމައްޗަށް واجب ވެގެންވާ دَرَجَة އެއް ވެއެވެ. މާތްކަމެއްވެއެވެ. އެއީ ފިރިމީހާއަށް ވެރިކަން އޮތުމުގެ މާތްކަމެވެ. نِسَاء ސޫރަތުގައި بَيَان ވެގެންވާ الرِّجَال قَوَّامُوْنَ..... މިއާޔަތުގައިވާ މާތްކަމެވެ. އަދިވެސް އެތައްގޮތަކުންނެވެ. އަދި ﷲ އީ عِزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
2:229
ٱلطَّلَـٰقُ مَرَّتَانِ ۖ فَإِمْسَاكٌۢ بِمَعْرُوفٍ أَوْ تَسْرِيحٌۢ بِإِحْسَـٰنٍ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا۟ مِمَّآ ءَاتَيْتُمُوهُنَّ شَيْـًٔا إِلَّآ أَن يَخَافَآ أَلَّا يُقِيمَا حُدُودَ ٱللَّهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا ٱفْتَدَتْ بِهِۦ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ
ʹAṭṭalaaq̣u marrataan: faʹimsaakum bimaʻroofin ʹaw tasreeḥum biʹiḥsaan. Wa-laa yaḥillu lakum ʹañ taʹkhuẓoo mimmaaa ʹaataytumoohunna shayʹan ʹillaaa ʹañy yakhaafaaa ʹallaa yuq̣eemaa Ḥudoodal laah. Faʹin khiftum ʹallaa yuq̣eemaa Ḥudoodal laahi falaa junaaḥa ʻalayhimaa feemaf tadat bih. Tilka Ḥudoodul laahi falaa taʻtadoohaa. Wa-mañy yataʻadda Ḥudoodal laahi faʹulaaaʹika humuz̤̣ z̤̣aalimoon.
رُجُوعى ވަރިން ވަރިކުރުންއޮތީ ދެފަހަރަށެވެ. ދެން އޭރުން އޮންނާނެގޮތަކީ عِدَّة ހަމަނުވަނިސް އަލުންވެސް رُجُوع ކޮށް އަންބެއްގެގޮތުގައި ހަމަޖައްސާ ރަނގަޅުކުރުމެވެ. އަނެއްގޮތަކީ عِدَّة ހަމަވީމާ جِمَاعُ ނުވެ إحْسَان ތެރިކަމާއެކު طُهْرُ ގެތެރޭގައި ވަރިކޮށް އެމީހާ ދޫކޮށްލުމެވެ. އަދި އެ އަންހެންމީހާއަށް ދީފައިވާ އެއްވެސް އެއްޗެއް އަނބުރާ އަތުލުން ފިރިހެނުންނަށް حلال ވެގެން ނުވެއެވެ. ނަމަވެސް އެއީ ދެމީހުންގެމެދުގައި ﷲ ގެ حدّ ތައް قَائم ކުރެވޭނެކަމާމެދު ބިރެއްނެތިއްޔާއެވެ. ﷲ ގެ حدّ ތައް قَائم ނުވުމަކީ ދެމީހުން އަރައިރުންވެ އެކަކު އަނެކަކުގެމައްޗަށް އަދާކުރުން لاَزِمُ ވާ حقّ އަދާނުކުރުމެވެ. ފަހެ ދެފަރާތުންވެސް އެފަދަ ކަންތަކާމެދު ބިރުވެތިވެއްޖެއްޔާ ފިރިމީހާ އަންހެންމީހާއަށް ދީފައިވާ ކާވެނީގެ ރަން އަނބުރާދީފައި ނުވަތަ އެއަށްވުރެ ގިނަ އެއްޗެއް އަނބިމީހާ ދީފައިނަމަވެސް ވަރިވެގަތުން ހުއްދައެވެ. އެއީ خُلْعُ ވަރިއެވެ. އެއީ އަންހެންމީހާ ވަކިވެގަންނަންދޭ فِدْيَة އެކެވެ. މި بيان ވެދިޔައީ ﷲ ގެ حَدّ ތަކެވެ. ފަހެ އެ حَدّ ތައް ފަހަނަޅައި ކަލޭމެން ނުދާށެވެ! އަދި ﷲ ގެ حَدّ ތައް ފަހަނަޅައިގެންދާމީހުން ދަންނައެވެ! ކަނޑައެޅިގެން އެއީ އަނިޔާވެރިންނެވެ.
-
2:230
فَإِن طَلَّقَهَا فَلَا تَحِلُّ لَهُۥ مِنۢ بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُۥ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِ ۗ وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ
Faʹiñ ṭallaq̣ahaa falaa taḥillu lahu mim baʻdu ḥattaa ṭañkiḥa zawjan g̣ayrah: faʹiñ ṭallaq̣ahaa falaa junaaha ʻalayhimaaa ʹañy yataraajaʻaaa ʹiñ z̤̣annaaa ʹañy yuq̣eemaa Ḥudoodal laah. Wa-tilka Ḥudoodul laahi yubayyinuhaa liq̣awmiñy yaʻlamoon.
ދެންފަހެ ތިންވަނަފަހަރަށް ވަރިކޮށްފިއްޔާ އެއަންހެންމީހާގެ عِدَّة ހަމަކުރުމަށްފަހު އެހެން ފިރިހެނަކާއި އިނދެ جِمَاع ވެ އެމީހާގާތުން ވަރިވެ ވަރީގެ عِدَّة ހަމަކުރުމަށްފަހުގައިމެނުވީ ކުރީ އިނދެވަރިކުރި ފިރިހެންމީހާއަށް އެއަންހެންމީހާ حلال ނުވާނެއެވެ. މިވާހަކައަކީ ފަށްކެނޑުމެވެ. ދެން މެދުފިރިމީހާ ވަރިކުރުމަށްފަހު އަލުންވެސް ﷲ ގެ حَدُّ ތައް قائم ކުރެވޭނެކަމަށް ދެމީހުންނަށް ހީވަންޏާ ދެމީހުން އައު ކާވެންޏެއްކޮށް ދެމީހުން އެކުވުން ހުއްދައެވެ. މި بَيَان ވެދިޔައީ ﷲ ކަނޑައަޅުއްވާފައިވާ حَدّ ތަކެވެ. އެކަލާނގެ އެ حَدّ ތައް بَيَان ކޮށްދެއްވަނީ ތަންދޮރު ދަންނަ ބަޔަކަށެވެ.
-
2:231
وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ ۚ وَلَا تُمْسِكُوهُنَّ ضِرَارًا لِّتَعْتَدُوا۟ ۚ وَمَن يَفْعَلْ ذَٰلِكَ فَقَدْ ظَلَمَ نَفْسَهُۥ ۚ وَلَا تَتَّخِذُوٓا۟ ءَايَـٰتِ ٱللَّهِ هُزُوًا ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ وَمَآ أَنزَلَ عَلَيْكُم مِّنَ ٱلْكِتَـٰبِ وَٱلْحِكْمَةِ يَعِظُكُم بِهِۦ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ
Wa-ʹiẓaa ṭallaq̣tumun nisaaaʹa fabalag̣na ʹajalahunna faʹamsikoohunna bimaʻroofin ʹaw sarriḥoohunna bimaʻroof. Wa-laa tumsikoohunna ḍiraaral litaʻtadoo. Wa-mañy yafʻal ẓaalika faq̣ad z̤̣alama naf-sah. Wa-laa tat-takhiẓooo ʹAayaatil laahi huzuwaa, waẓkuroo niʻmatal laahi ʻalaykum wa-maaa ʹañzala ʻalaykum minal Kitaabi wal-Ḥikmati yaʻi-Z̤̣ukum̃ bih Wattaq̣ul laaha waʻlamooo ʹannal laaha bikulli shayʹin ʻAleem.
އަދި ކަލޭމެން އަނބީން ވަރިކޮށް އެކަނބަލުންގެ عِدَّة ހަމަވާން ގާތްވީމާ އެއްގޮތަކީ ރަނގަޅުގޮތުގައި އެކަނބަލުން ހިފެހެއްޓުމެވެ. رُجُوع ކޮށް އަލުންވެސް އަނތްބެއްގެ مقام ގައި ބޭންދުމެވެ. މިހެންވާނީ رُجُعِى ވަރީގައެވެ. އަނެއްގޮތަކީ ރަނގަޅުގޮތުގައި ވަރިކޮށް ދޫކޮށްލުމެވެ. ރަނގަޅުގޮތެކޭ މިބުނީ އޭނާޔާ جماع ނުވެ طُهر ގައި ވަރިކުރުމެވެ. އަދި އަންހެންމީހާއަށް އުނދަގޫކުރުމުގެ ގޮތުން ކަލޭމެން އެކަނބަލުން ނުހިފައްޓާށެވެ! އުނދަގޫ ކުރުމޭ މިބުނީ عِدّة ހަމަވާން ގާތްވީމާ ކާވެނި رُجُوع ކޮށްފާ އަލުންވެސް ވަރިކުރުމެވެ. އޭރުން އަލުންވެސް އަންހެންމީހާ ޖެހޭނީ އަލުން ފަށައިގެން عدد ހަމަކުރާށެވެ! ފަހެ އެފަދަ ގޮތަށް ކަންތައް ކުރާ ފިރިހެނުންނަކީ އޭނާ އޭނާގެ نفس އަށް އަނިޔާވެރިވީ މީހެކެވެ. އަދި ﷲ ގެ އާޔަތްތަކާއި އެކަލާނގެ حكم ތައް ކުޅޭކުޅޭ ބޭކާރު އެއްޗަކަށް ކަލޭމެން ނުހަދާށެވެ! ކަލޭމެންނަށް ﷲ ދެއްވާފައިވާ نعمة ކަލޭމެން ހަނދާންކުރާށެވެ! އޭގެ އެންމެބޮޑު نعمة އަކީ إسلام دين އަށް ތެދުމަގު ދެއްކެވުމެވެ. އަދި ކީރިތި قرآن އާއި މާތްވެގެންވާ سُنَّة ކަލޭމެން ހަނދާންކުރާށެވެ! އެކަލާނގެ އެފޮތާއިމެދު ކަލޭމެންނަށް وعظ نصيحة ދެއްވާ ބިރުގަންނަވައެވެ. އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ﷲ އީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!
-
2:232
وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَٰجَهُنَّ إِذَا تَرَٰضَوْا۟ بَيْنَهُم بِٱلْمَعْرُوفِ ۗ ذَٰلِكَ يُوعَظُ بِهِۦ مَن كَانَ مِنكُمْ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۗ ذَٰلِكُمْ أَزْكَىٰ لَكُمْ وَأَطْهَرُ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
Wa-ʹiẓaa ṭallaq̣tumun nisaaaʹa fabalag̣na ʹajalahunna falaa taʻḍuloohunna ʹañy yañkiḥna ʹazwaajahunna ʹiẓaa taraaḍaw baynahum̃ bilmaʻroof. Ẓaalika yooʻaz̤̣u bihee mañ kaana miñkum yuʹminu billaahi wal-Yawmil ʹAakhir. Ẓaalikum ʹazkaa lakum wa-ʹaṭ-har. Wallaahu yaʻlamu waʹañtum laa- taʻlamoon.
އަދި ކަލޭމެން ކަލޭމެންގެ އަނބީން ވަރިކޮށް އެކަނބަލުންގެ عِدّة ހަމަވުމަށްފަހު އަލުންވެސް އެދެމީހުން އިންނަން قَصْدُ ކުރަންޏާ ކަލޭމެން وَلِى ވެރިން އެމީހުންނާ އެކަނބަލުން އިނުން މަނާ ނުކުރާށެވެ! އެމީހުންގެމެދުގައި ރުހި قبول ވެ ހަމަޖެހިގެންވަންޏާ އެއްގޮތަކަށްވެސް އެކަން މަނާ ނުކުރާށެވެ! ﷲ އަށާއި آخرة ދުވަހަށް އީމާންވާކަމުގައިވާމީހާ އެފަދަ ކަންތައް ނުކުޅައުމަށް ﷲ وعظ އާއި نصيحة ދެއްވަނީއެވެ. އެގޮތް ކަލޭމެންނަށް ރަނގަޅުވެފައި އަދި طَاهِر ކަންބޮޑެވެ. އަދި ﷲ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ.
-
2:233
۞ وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَـٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَآرَّ وَٰلِدَةٌۢ بِوَلَدِهَا وَلَا مَوْلُودٌ لَّهُۥ بِوَلَدِهِۦ ۚ وَعَلَى ٱلْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوٓا۟ أَوْلَـٰدَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّآ ءَاتَيْتُم بِٱلْمَعْرُوفِ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ
Walwaalidaatu yurḍiʻna ʹawlaadahunna ḥawlayni kaamilayni liman ʹaraada ʹañy yutimmar raḍaaʻah. Wa-ʻalal mawloodi lahoo rizq̣uhunna wa-kiswatuhunna bilmaʻroof. Laa- tukallafu nafsun ʹillaa wusʻahaa. Laa- tuḍaaarra waalidatum biwaladihaa wa-laa mawloodul lahoo biwaladihee wa-ʻalal waaris̤i mis̤lu ẓaalik. Faʹin ʹaraadaa fiṣaalan ʻañ taraaḍim minhumaa wa-tashaawuriñ falaa junaaḥa ʻalayhimaa. Wa-ʹin ʹarattum ʹañ tastarḍiʻooo ʹawlaadakum falaa junaaḥa ʻalaykum ʹiẓaa sallamtum maaa ʹaataytum̃ bilmaʻroof. Wattaq̣ul laaha waʻlamooo ʹannal laaha bimaa taʻmaloona Baṣeer.
އަދި ދަރިންނަށް ފުރިހަމަކޮށް ކިރުދިނުމަށް އެދޭ މީހަކުވިއްޔާ އެކުދިންގެ މައިން އެކުދިންނަށް ފުރިހަމަ ދެއަހަރުވާންދެން ކިރުދޭށެވެ! އަދި އެދުވަސްވަރު އެއަންހެންމީހާއަށް ކާންދިނުމާ ހެދުންދިނުން ދަރިފުޅުގެ ބައްޕަގެމައްޗަށް ވާޖިބުވެގެންވެއެވެ. މިއީ މަންމަ ވަރިކޮށްފައިވާނަމައެވެ. މިބުނާ خرد ކުރުން އޮންނާނީ އެފެންވަރުގެ އަންހެނުންނަށް ކުރާ ފެންވަރަށެވެ. އަދި އެއްވެސް نفس އަކަށް އޭނާއަށް ނުއުފުލޭވަރުގެ ބުރައެއް ނުޖައްސަވައެވެ. އެބަހީ خرد ދިނުމުގައި ފިރިހެންމީހާއީ ނުފޯރާ މީހަކު ނަމަ އެމީހަކަށް ފޯރާވަރަށެވެ. އަންހެންމީހާއަށްވެސް ކެތްތެރިވެވޭނީ އޭނާއަށް ވާވަރަށެވެ. އެއްވެސް މަޔަކަށް އޭނާގެ ދަރިފުޅުގެ ސަބަބުން އުނދަގޫ ނުލިބޭ ހުށިކަމެވެ. އެބަހީ ދަރިފުޅުގެ މަންމަ ދަރިފުޅަށް ކިރުދީ ބަލަންއިންދާ އޭނާ ބަލަން ނުދީ އެހެންމީހަކަށް ދަރިފުޅަށް ކިރުދިނުމަށާ ބެލުމަށް ދިނުމެވެ. އޭރުން މަންމައަށް ވަރަށް ހިތްދަތިވާނެއެވެ. އަދި ބައްޕައަށް ދަރިފުޅު ބެލެން ނެތުމާއެކު ދަރިފުޅު ބައްޕަ ބޮލަށް ޖަހާފައި މަންމަ ދިއުމެވެ. މިދެގޮތްވެސް އެވަނީ ނަހީވެވިގެންނެވެ. އެގޮތުން ބައްޕައަށް ދަތިވާނެއެވެ. އަދި ބައްޕަ ދުނިޔޭގައި ނެތްނަމަ ދަރިފުޅުގެ ވާރުތަވެރިން ބައްޕަގެ مقام އަށް އަންނާނެއެވެ. ބައްޕައަށް އޮތް حكم އެ ولى ވެރިޔާއަށް އޮންނާނެއެވެ. އަދި ބައްޕައާއި މަންމައާއި ދެފަރާތް ރުހެވި مشورة ކުރެވިގެން ދަރިފުޅަށް ކިރުދިނުން ހުއްޓާލުމަށް ދެމީހުން قصد ކޮށްފިއްޔާވެސް ހަމަ ރަނގަޅެވެ. އެދެމީހުންގެމައްޗަށް ކުށެއްނެތެވެ. އަދި މަންމަ ފިޔަވައި އެހެންމީހަކު ލައްވައި ދަރިފުޅަށް ކިރުދޭން قَصْدُ ކުރާނަމަވެސް ހަމަ ރަނގަޅެވެ. އެކަމަކު އެފަދަ ކިރުމައިންނަށް ދޭވަރުގެ އުޖޫރަ ރަނގަޅުގޮތުގައި ދެންޏާއެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން ކަލޭމެން ކުރާ ކަންތައްތަކަށް ﷲ ބައްލަވާވޮޑިގެންވާކަން ކަލޭމެން ދަންނާށެވެ!
-
2:234
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا ۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِىٓ أَنفُسِهِنَّ بِٱلْمَعْرُوفِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
Wallaẓeena yutawaffawna miñkumwa yaẓaroona ʹazwaajañy yatarabbaṣna biʹañfusihinna ʹarbaʻata ʹashhuriñw Waʻashraa. Faʹiẓaa balag̣na ʹajalahunna falaa juñaḥa ʻalaykum feemaa faʻalna feee ʹañfusihinna bilmaʻroof. Wallaahu bimaa taʻmaloona Khabeer.
އަދި ކަލޭމެންގެތެރެއިން ފިރިމަރުވެފައި ދުނިޔޭގައިތިބި އެމީހުންގެ އަނބީން އެމީހުންގެ ފިރިން މަރުވިދުވަހުން ފެށިގެން ހަތަރުހަމާއި ދިހަދުވަސް عِدّة ގައި ތިބޭށެވެ! އެއީ ފިރިމަރުވިމީހާގެ عِدّة އެވެ. އެދުވަސްވަރު އެމީހުން ޒީނަތްތެރިވެވޭކަންތައްތައްކުރުން މަނާވެގެންވެއެވެ. ރީތި ފޭރަންލުމާއި ސެންޓްޖެހުމާއި އަނދުންއެޅުމާއި އަދި މިނޫންވެސް ރީތިވެ ޗާލޫ އެއްވެސްކަމެއްކުރުން ހުއްދައެއް ނޫނެވެ. ދެންފަހެ އެކަނބަލުންގެ އެ مُدّة ހަމަވުމުން އެކަނބަލުން ޒީނަތްތެރިވެ ރީތިވުމުގެގޮތުން ރަނގަޅުގޮތުގައި ކުރާ ކަންތަކަކީ ކަލޭމެން އެކަނބަލުންނާ مَسْؤل ވެގެންވާމީހުންގެމައްޗަށް ކުށެއް އޮތްކަމެއްނޫނެވެ. އަދި ﷲ އީ ކަލޭމެން ކުރާކަންތައްތަކުގެ خبر ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
2:235
وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِۦ مِنْ خِطْبَةِ ٱلنِّسَآءِ أَوْ أَكْنَنتُمْ فِىٓ أَنفُسِكُمْ ۚ عَلِمَ ٱللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَـٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُوا۟ قَوْلًا مَّعْرُوفًا ۚ وَلَا تَعْزِمُوا۟ عُقْدَةَ ٱلنِّكَاحِ حَتَّىٰ يَبْلُغَ ٱلْكِتَـٰبُ أَجَلَهُۥ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِىٓ أَنفُسِكُمْ فَٱحْذَرُوهُ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ حَلِيمٌ
Wa-laa junaaḥa ʻalaykum fimaa ʻarraḍtum̃ bihee min khiṭbatin nisaaaʹi ʹaw ʹaknañtum feee ʹañfusikum. ʻAlimal laahu ʹannakum sataẓkuroonahunna wa-laakil laa tuwaaʻidoohunna sirran ʹillaa ʹan taq̣uloo q̣awlam maʻroofaa. Wa-laa taʻzimoo ʻuq̣datan Nikaaḥi ḥattaa Yablug̣al Kitaabu ʹajalah. Waʻlamooo ʹannal laaha yaʻlamu maa- feee ʹañfusikum faḥ-ẓarooh; Waʻlamooo ʹannal laaha G̣afoorun Ḥaleem.
އަދި ފިރިމަރުވެ عِدّة ހަމަކުރުމަށްތިބޭ އަންހެނުންނާއި އިނުމާއި ބެހޭގޮތުން ކަލޭމެން ހުށަހަޅާ ނުސީދާ ހުށަހެޅުންތަކަކީ ކަލޭމެންގެމައްޗަށް ކުށެއްއޮތްކަމެއްނޫނެވެ. ނުވަތަ އެކަމުގެ خيال ވަންހަނާކޮށްފައި ބޭއްވުމަކީވެސް ކުށެއްއޮތް ކަމެއްނޫނެވެ. ކަލޭމެންގެ ހިތްތަކުގައި އެކަނބަލުންމަތިން ހަނދާންކުރާނެކަން ﷲ ދެނެވޮޑިގެންވެއެވެ. އެހެންނަމަވެސް އެކަނބަލުންނާ ސިއްރެއްގެމައްޗަށް وعد ނުކުރުން ހުއްޓެވެ. އެބަހީ فاَحِش ކަމެއްކުރުމަށް وعد ނުކުރާށެވެ! ހަމައެކަނި ރަނގަޅު ބަހެއް ބުނުންމެނުވީއެވެ. އިންނަން އެދޭކަހަލަ ބަހެއް ބުނުން - މިސާލަކަށް - ހާދަރީއްޗޭ - އެކުއުޅުމަށް ހާދަ ރަނގަޅުވާނެއޭ މިފަދަމިފަދަ ބަހެއް ބުނުން މައްސަލައެއްނެތެވެ. އަދި عِدَّة ހަމަވެ ނުނިމެނިސް ކާވެނި عَقْد ކުރުމަށް عَزْم ކުރުންހުއްދައެއްނޫނެވެ. އަދި ކަލޭމެންގެ نفس ތަކުގައިވާ ކަންތައްތައް ﷲ ދެނެވޮޑިގެންވާކަން ކަލޭމެން ދަންނާށެވެ! އެހެންވެ ކަލޭމެން އެކަލާނގެއަށް ބިރުވެތިވާށެވެ! އަދި ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ކޯފާމަޑުވެގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!
-
2:236
لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ ٱلنِّسَآءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا۟ لَهُنَّ فَرِيضَةً ۚ وَمَتِّعُوهُنَّ عَلَى ٱلْمُوسِعِ قَدَرُهُۥ وَعَلَى ٱلْمُقْتِرِ قَدَرُهُۥ مَتَـٰعًۢا بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُحْسِنِينَ
Laa- junaaḥa ʻalaykum ʹiñ ṭallaq̣tumun nisaaaʹa maa- lam tamassoohunna ʹaw tafriḍoo lahunna fareeḍah. Wa-mattiʻoohunna, ʻalal moosiʻi q̣adaruhoo wa-ʻalal muq̣tiri q̣adaruh. Mataaʻam bil-maʻroofi: Ḥaq̣q̣an ʻalal Muḥsineen.
ކަލޭމެން މީހުންނާ އިނދެފައި އެކަނބަލުންނާ جِمَاع ނުވެ އެކަނބަލުން ވަރިކުރުމަކީވެސް ކަލޭމެންގެމައްޗަށް ކުށެއްއޮތްކަމެއްނޫނެވެ. ނުވަތަ ކާވެނި ރަނެއް ރަނގަޅަށް ކަނޑައަޅާ ނުނިންމާ އޮތްނަމަ އެކަނބަލުންނަށް ބޭނުންކޮށްލެވޭކަހަލަ ކޮންމެވެސް އެއްޗެއް އެކަނބަލުންނަށް ދޭށެވެ! އެކަން އޮންނާނީ އަތްމަތިތަނަވަސްމީހާނަމަ އޭނާގެ މިންވަރަށެވެ. އަދި އަތްމަތި ދަތިމީހެއްނަމަ އޭނާގެ މިންވަރަށެވެ. އެއީ إحسان ތެރި ރަނގަޅުމީހުންނަށް އޮތް حقّ އެއްގެގޮތުންނެވެ. މި حكم އަކީ فرض އެއްނޫނެވެ. އެދެވޭކަމެއްގެގޮތުގައެވެ.
-
2:237
وَإِن طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ إِلَّآ أَن يَعْفُونَ أَوْ يَعْفُوَا۟ ٱلَّذِى بِيَدِهِۦ عُقْدَةُ ٱلنِّكَاحِ ۚ وَأَن تَعْفُوٓا۟ أَقْرَبُ لِلتَّقْوَىٰ ۚ وَلَا تَنسَوُا۟ ٱلْفَضْلَ بَيْنَكُمْ ۚ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ
Wa-ʹiñ ṭallaq̣tumoohunna miñ q̣abli ʹañ tamassoohunna wa-q̣ad faraḍtum lahunna fareeḍatañ faniṣfu maa- faraḍtum ʹillaaa ʹañy yaʻfoona ʹaw yaʻfuwal laẓee biyadihee ʻuq̣datun Nikaaḥ. Wa-ʹañ taʻfoo ʹaq̣rabu littaq̣waa. Wa-laa tañsawul faḍla baynakum. ʹInnal laaha bimaa taʻmaloona Baṣeer.
އޭ ފިރިހެނުންނޭވެ! ކަލޭމެން މީހުންނާ އިނދެފާ އެކަނބަލުންނާ جِمَاع ވުމުގެކުރިން. އެކަނބަލުންނަށް ރަން ކަނޑައެޅިފައިވާ حال އެކަނބަލުން ވަރިކޮށްފިއްޔާ ދެން ކާވެނި ރަނުގެ ދެބައިކުޅައެއްބައި އެކަނބަލުންނަށް ދޭށެވެ! އެއީ އެކަނބަލުން ދެންއޮތްބައިވެސް މާފުނުކުރިއްޔާއެވެ. ނުވަތަ ކާވެނީގެ ގޮށް އެމީހާގެ އަތުގައިވާމީހާ އެބަހީ ފިރިމީހާ معاف ކުރިއްޔާމެނުވީއެވެ. އޭރުން ވާނެގޮތަކީ ފިރިމީހާ ކާވެނިރަން އެކަށް އެއަންހެންމީހާއަށް ދޭނީއެވެ. އެކަމަކު އޭގެ އެއްބައިދިނުމުގެ حقّ ކަން قرآن ން މިވަނީ އޭނާޔަށް ދީފައެވެ. އަދި ކަލޭމެން ކަންކަމުގައި عفو ކުރުން تقوى ވެރިކަމާ ގާތްކަންބޮޑެވެ. އެގޮތް ރަނގަޅެވެ. އަދި ކަލޭމެންގެމެދުގައިވާ މާތްކަމާއި فَضْلُ ވެރިކަން ކަލޭމެން ހަނދާންނައްތައިނުލާށެވެ! ހަމަކަށަވަރުން ކަލޭމެން ކުރާ ކަންތައްތައް ﷲ ދެކެވޮޑިގެންވެއެވެ.
-
2:238
حَـٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَـٰنِتِينَ
Ḥaafiz̤̣oo ʻalaṣ Ṣalawaati waṣ-Ṣalaatil wusṭaa; wa-q̣oomoo lillaahi q̣aaniteen.
ކަލޭމެން ނަމާދުތަކުގެމައްޗަށް ރައްކާތެރިވާށެވެ! އަދި މެދުނަމާދަށް ރައްކާތެރިވާށެވެ! އަދި ކަލޭމެން ކަނޑައެޅިގެން ﷲ އަށް ކިޔަމަންތެރިވާށެވެ! ނަމާދުގައި ކިޔަމަންތެރިވާށެވެ! • ދަންނައެވެ! މެދުނަމާދަކީ ކޮންނަމާދެއްކަމާމެދު إختلاف ވުމާއެކުވެސް ގިނަބޭކަލުން ދެކެލައްވާގޮތުގައި އެއީ عَصْر ނަމާދެވެ. ދަލީލުގެގޮތުން ގަދަކަމެވެ. والله أعلم.
-
2:239
فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا ۖ فَإِذَآ أَمِنتُمْ فَٱذْكُرُوا۟ ٱللَّهَ كَمَا عَلَّمَكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ
Faʹin khiftum farijaalan ʹaw rukbaanaa. Faʹiẓaaa ʹamiñtum faẓkurul laaha kamaa ʻallamakum maa lam takoonoo taʻlamoon.
ފަހެ ކަލޭމެން عَدُوُّ ންގެ ފަރާތުން ބިރުވެތިވެގެން قواعد ން ނަމާދަށް ނުތިބެވިއްޖެއްޔާ ފައިން ހިނގައިފާދާއިރުގައްޔާއި އަދި ސަވާރުވެގެންވާ حال ވެސް ނަމާދުކުރާށެވެ! އެމީހަކަށް ކުރިމަތިލެވުނު ދިމާއަކަށް އެމީހަކު ކުރިމަތިލައިގެން އިޝާރާތްކުރަމުންނެވެ. ދެން عَدُوُّ ންގެ ކިބައިން އަމާންވެގެންވަންޏާ ހަމަ قواعد ން ނަމާދުތައް ފުރިހަމަކޮށް ﷲ އަށް އަދާކުރާށެވެ! ކަލޭމެންނަށް މީގެކުރީގައި އެނގިގެން ނުވާ ކަންތައް އެކަލާނގެ ކަލޭމެނަށް އުގަންނަވައިދެއްވިކަމަށްޓަކައި އެކަލާނގެއަށް شكر ކުރާށެވެ! * އޭ މާތްވެގެންވާ مُسْلِمُ ންނޭވެ! إسلام دين ގައި فرض ފަސްނަމާދަށް ދެއްވާފައިވާ أهميّة ކަން މިއާޔަތުން އެކަނިވެސް ހާމަވެއެވެ. ވީމާ فرض ނަމާދެއް ދޫނުކޮށް އަދާކުރުމަށް ހިތްވަރުކުރައްވާށެވެ!
-
2:240
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًا وَصِيَّةً لِّأَزْوَٰجِهِم مَّتَـٰعًا إِلَى ٱلْحَوْلِ غَيْرَ إِخْرَاجٍ ۚ فَإِنْ خَرَجْنَ فَلَا جُنَاحَ عَلَيْكُمْ فِى مَا فَعَلْنَ فِىٓ أَنفُسِهِنَّ مِن مَّعْرُوفٍ ۗ وَٱللَّهُ عَزِيزٌ حَكِيمٌ
Wallaẓeena yutawaffawna miñkum wa-yaẓaroona ʹazwaajañw waṣiyyatal liʹazwaajihim mataaʻan ʹilal ḥawli g̣ayra ʹikhraaj. Faʹin kharajna falaa junaaḥa ʻalaykum Fee maa- faʻalna feee ʹañfusihinna mim maʻroof. Wal-laahu ʻAzeezun Ḥakeem.
އޭ ފިރިހެނުންނޭވެ! ކަލޭމެންގެތެރެއިން އަނބީން ދޫކޮށްފައި މަރުވެގެންދާމީހުން އެމީހުން މަރުވުމުގެ ކުރިން އެމީހުންގެ އަނބީން އެއްއަހަރުވާންދެން މައްޔިތާގެ މުދަލުން نَفَقَة ދިނުމަށާއި އަދި މަރުވި ފިރިހެންމީހާގެ ގެއިން ނުނެރުމަށް وَصِيّة ކުރުންހުއްޓެވެ. ދެން އެކަނބަލުން އަމިއްލައަށް ނުކުމެގެންފިނަމަ، އަދި އެކަނބަލުން އަމިއްލަ نفس އަށް އެކުރާ ކަންތައްތަކާއިމެދު ޒީނަތްތެރިވުމާ ސެންޓްޖެހުމާ އަނދުންއެޅުމާ މިބާވަތުގެ ކަންކަމާމެދު ކަލޭމެން مَسْؤل ވެރިންގެ މައްޗަށް ކުށެއްނެތެވެ. ފާފައެއްނެތެވެ. އަދި ﷲ އީ އެކަލާނގެ އަމުރުފުޅާ خلاف ވާމީހުންނާމެދު ބަދަލުހިތްޕެވުމުގައި ގަދަފަދަވަންތަވެވޮޑިގެންވާ އަދި އެކަލާނގެ އަޅުތަކުންގެމެދުގައި حكمة ތެރިކަމާއެކު ކަންތައްތައް ހިންގަވާ ކަލާނގެއެވެ.
-
2:241
وَلِلْمُطَلَّقَـٰتِ مَتَـٰعٌۢ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ
Wa-lilmuṭallaq̣aati mataaʻum bil-maʻroof. Ḥaq̣q̣an ʻalal Muttaq̣een.
އަދި ވަރިވެވިފައިވާ އަންހެނުންނަށް ރަނގަޅުގޮތުގައި مُتْعَةُ ދިނުމީ ފޭރާމާއި نَفَقَة ދިނުމީ تقوى ވެރިންނަށްވާ حقّ އެކެވެ. (ދަންނައެވެ! މިއާޔަތުގައި މިވަނީ އަނބިމީހާއާއި جِمَاعُ ވުމަށްފަހު ވަރިކުރެވުނުމީހާގެ ވާހަކައެވެ.)
-
2:242
كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَعْقِلُونَ
Kaẓalika yubayyinul laahu lakum ʹAayaatihee laʻallakum taʻq̣iloon.
ﷲ تعالى އަންހެނުންނާބެހޭ މި حكم ތައް بَيَان ކޮށްދެއްވިފަދައިން އެކަލާނގެ އާޔަތްތައް ކަލޭމެންނަށް بَيَان ކޮށްދެއްވަނީ ކަލޭމެން ވިސްނާ فكر ކޮށް ހެދުމަށްޓަކައެވެ.
-
2:243
۞ أَلَمْ تَرَ إِلَى ٱلَّذِينَ خَرَجُوا۟ مِن دِيَـٰرِهِمْ وَهُمْ أُلُوفٌ حَذَرَ ٱلْمَوْتِ فَقَالَ لَهُمُ ٱللَّهُ مُوتُوا۟ ثُمَّ أَحْيَـٰهُمْ ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ
ʹAlam tara ʹilal laẓeena kharajoo miñ diyaarihim wa-hum ʹuloofun ḥaẓaral mawti faq̣aala lahumul laahu mootoo: s̤umma ʹaḥyaahum. ʹInnal laaha la-Ẓoo Faḍlin ʻalan naasi wa-lakinna ʹaks̤aran naasi laa- yashkuroon.
އޭ رسول ﷲ އެވެ! އެމީހުންގެ ގޮވަތިގެދޮރުން ނުކުމެގެން ދިޔަމީހުންގެ خبر ކަލޭގެފާނަށް އެނގިވަޑައިގެން ފައިވޭތޯއެވެ؟ އެމީހުންނަކީ بَنِي إسْرَائيل ގެބަޔަކުކަމުގައިވިއެވެ. އެއީ އެތައްހާސް ބައެކެވެ. އެމީހުން ދިޔައީ طَاعُون އެވެކިޔާ ބަލި އެބަހީ ކޮލެރާގެ ވަބާ ރަށަށްޖެހުމުން މަރުވެދާނެތީ މަރަށްބިރުންނެވެ. ނުވަތަ جِهَاد އަށް ދިއުމުން މަރުވެދާނެތީ އެކަމަށް ފިލާށެވެ. ބޮޑަށް ވައްތަރީ جِهَاد ކުރުމަށް ފިލަންދިއުމާއެވެ. އެއީ ފަހުން މިއަންނަ އާޔަތްތައް دليل ކުރާގޮތެވެ. والله أعلم.\nދެންފަހެ ﷲ تعالى އެމީހުންނަށް މަރުވުން ނިޔާކުރައްވައި އެމީހުން މަރުއްވައިފިއެވެ. ދެން އަލުންވެސް އެމީހުން ދިރުއްވައިފިއެވެ. އެއީ نبي ބޭކަލެއްގެ އެދިވަޑައިގަތުމުގެމަތިންނެވެ. ހަމަކަށަވަރުން ﷲ تعالى އީ މީސްތަކުންގެމައްޗަށް ނުހަނު އޯގާވަންތަކަމުގެވެރި ކަލާނގެއެވެ. އަދި އެކަމަކު ގިނަމީހުން شكر ނުކުރެއެވެ. • މިވާހަކަ މިތާ ބަޔާންކުރެއްވުމުގެ مقصد އެއްކަމުގައި ބައެއް عَالم ން ފާހަގަކުރައްވަނީ: ﷲ ގެ މަގުގައި جهاد ކުރުމަށް ބިރުނުގަތުމަށެވެ. ކޮންމެގޮތަކުންނަމަވެސް މަރުއްވުމާއި ދިރުއްވުމުގެ ބާރުވަނީ ހަމައެކަނި ﷲ ގެ އަތްޕުޅުގައެވެ. މަރުގެ ވަގުތުޖެހުމުން ކޮންމެތާކުތިއްބަސް މަރުވާނެއެވެ. ވީއިރު ﷲ ގެމަގުގައި جهاد ކުރުމުގެތެރޭގައި މަރުވުން ބުއްދިވެރިކަން މާބޮޑުކަމުގައެވެ. ﷲ ގެމަގުގައި جهاد ކުރުމުގެ ތެރޭގައި شهيد ވީމީހަކަށް ކައްވަޅުގެ عَذَاب އެއްވެސް ނޯވެއެވެ. އަދި آخرة ދުވަހުން އެމީހުންނަށްހުރި نعمة ގެކޮޅެއްނެތެވެ.
-
2:244
وَقَـٰتِلُوا۟ فِى سَبِيلِ ٱللَّهِ وَٱعْلَمُوٓا۟ أَنَّ ٱللَّهَ سَمِيعٌ عَلِيمٌ
Waq̣aatiloo fee sabeelil laahi waʻlamoo ʹannal laaha Sameeʻun ʻAleem.
އޭ މީސްތަކުންނޭވެ! ﷲ ގެމަގުގައި ކަލޭމެން ހަނގުރާމަ ކުރާށެވެ! އަދި ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!
-
2:245
مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًا فَيُضَـٰعِفَهُۥ لَهُۥٓ أَضْعَافًا كَثِيرَةً ۚ وَٱللَّهُ يَقْبِضُ وَيَبْصُۜطُ وَإِلَيْهِ تُرْجَعُونَ
Mañ ẓal laẓee yuq̣riḍul laaha Q̣arḍan Ḥasanañ fayuḍaaʻifahoo lahooo ʹaḍʻaafañ kas̤eerah? Wallaahu yaq̣biḍu wa-yabṣuṭ. Wa-ʹilayhi turjaʻoon.
ﷲ އަށް ރަނގަޅު ދަރަންޏެއްދޭނީ ކާކުހެއްޔެވެ؟ ﷲ އަށް ދަރަނިދިނުމުގައި ހަށިގަނޑާއި މުދާވެއެވެ. ﷲ ގެމަގުގައި ތިމާގެ ހަށިގަނޑު ދޫކޮށްލުމާއި އަދި ތިމާގެ މުދާ ﷲ ގެމަގުގައި ހޭދަކުރުން ހިމެނެއެވެ. ދެން އެކަލާނގެ އެދަރަނީގެ مُقَابِلُ ގައި އޭގެ ފައިދާ އެތައްގުނަޔަކަށް އިތުރުކޮށްދެއްވާހުއްޓެވެ. އެހެނީ މުދާ ގިނަކޮށްދެއްވުމާއި އަދި މަދުކުރެއްވުން ވަނީ ހަމަ ﷲ ގެ މިންވަރުގެތެރޭގައެވެ. އެއީ އެކަލާނގެ ހިންގަވާ ކަމެކެވެ. އަދި ކަލޭމެން އެނބުރި رجوع ވުންވަނީވެސް ހަމައެކަލާނގެ حضرة އަށެވެ.
-
2:246
أَلَمْ تَرَ إِلَى ٱلْمَلَإِ مِنۢ بَنِىٓ إِسْرَٰٓءِيلَ مِنۢ بَعْدِ مُوسَىٰٓ إِذْ قَالُوا۟ لِنَبِىٍّ لَّهُمُ ٱبْعَثْ لَنَا مَلِكًا نُّقَـٰتِلْ فِى سَبِيلِ ٱللَّهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ ٱلْقِتَالُ أَلَّا تُقَـٰتِلُوا۟ ۖ قَالُوا۟ وَمَا لَنَآ أَلَّا نُقَـٰتِلَ فِى سَبِيلِ ٱللَّهِ وَقَدْ أُخْرِجْنَا مِن دِيَـٰرِنَا وَأَبْنَآئِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ تَوَلَّوْا۟ إِلَّا قَلِيلًا مِّنْهُمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ
ʹAlam tara ʹilal malaʹi mim Baneee ʹIsraaaʹeela mim baʻdi Moosa? ʹIẓ q̣aaloo linabiyyil lahumub ʻas̤ lanaa Malikan nuq̣aatil fee Sabeelil laah. Q̣aala hal ʻasaytum ʹiñ kutiba ʻalaykumul q̣itaalu ʹallaa tuq̣aatiloo? Q̣aaloo wa-maa lanaaa ʹallaa nuq̣aatila fee Sabeelil laahi wa-q̣ad ʹukhrijnaa miñ diyaarinna wa-ʹabnaaaʹinaa? Falammaa kutiba ʻalayhimul q̣itaalu tawallaw ʹillaa q̣aleelam minhum. Wallaahu ʻAleemum biz̤̣z̤̣aalimeen.
އޭ رسول ﷲ އެވެ! موسى عليه السّلام އަށްފަހު بَنِي إسْرَائيل ގައި އުޅުނު ބޮޑެތި أَشْرَاف ންގެ خبر (މަތީމީހުންގެ ވާހަކަ) ކަލޭގެފާނަށް އެނގިވަޑައިގެން ނުވޭތޯއެވެ. އެމީހުން އެމީހުންގެ نَبِى އާއަށް ދެންނެވިއެވެ. އެއީ صَمْوِيْل ނުވަތަ شَمْعُون އޭ ކިޔޭ ބޭކަލަކުކަމުގައި ބައެއް عَالِم ން ލިއުއްވާފައިވެއެވެ. އެމީހުން އެ نبي އާއަށް ދެންނެވިއެވެ. އަހުރެމެން ﷲގެ މަގުގައި ހަނގުރާމަކުރުމަށް އަހުރެމެންނަށް ލީޑަރެއްގެގޮތުން ރަސްކަލަކު ފޮނުއްވާނދޭވެ! އެ نبي އާ އެމީހުންނަށް ވިދާޅުވިއެވެ. ކަލޭމެންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވިއްޖެއްޔާ ހަނގުރާމަ ކުރުމަށް ކަލޭމެން ފުރަގަސްދީފިލައިގެން ދިއުން ގާތްވެގެން ނުވޭހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. އަހުރެމެން ﷲ ގެމަގުގައި ހަނގުރާމަނުކުރާންވީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން އަހުރެމެންނާއި އަހުރެމެންގެ ދަރިންވެސް މިވަނީ އަހުރެމެންގެ ގޮވަތިގެދޮރުތަކުން ނެރެވިފައެވެ. ދެންފަހެ އެމީހުންގެމައްޗަށް ހަނގުރާމަ فرض ކުރެއްވުމުން އެމީހުންކުރެ މަދުބަޔަކުމެނުވީ ފުރަގަސްދީފާ ދިޔައީއެވެ. އެމީހުންވީ އަނިޔާވެރިންކަމުގައެވެ. އަދި އަނިޔާވެރިންނާއިމެދު ﷲ ދެނެވޮޑިގެންވެއެވެ.
-
2:247
وَقَالَ لَهُمْ نَبِيُّهُمْ إِنَّ ٱللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا ۚ قَالُوٓا۟ أَنَّىٰ يَكُونُ لَهُ ٱلْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِٱلْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ ٱلْمَالِ ۚ قَالَ إِنَّ ٱللَّهَ ٱصْطَفَىٰهُ عَلَيْكُمْ وَزَادَهُۥ بَسْطَةً فِى ٱلْعِلْمِ وَٱلْجِسْمِ ۖ وَٱللَّهُ يُؤْتِى مُلْكَهُۥ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ
Wa-q̣aala lahum Nabiyyuhum ʹinnal laaha q̣ad baʻas̤a lakum Ṭaaloota Malikaa. Q̣aalooo ʹannaa yakoonu lahul mulku ʻalaynaa wa-naḥnu ʹaḥaq̣q̣u bilmulki minhu wa-lam yuʹta saʻatam minal maal? Q̣aala ʹinnal laahaṣ ṭafaahu ʻalaykum wa-zaadahoo basṭatañ fil ʻilmi waljism. Wallaahu yuʹtee mulkahoo mañy yashaaaʹ. Wallaahu Waasiʻun ʻAleem.
އަދި އެމީހުންގެ نبي އާ އެމީހުންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ تعالى ކަލޭމެންނަށް ރަސްކަލަކު ކަމުގައި طَالُوتُ ފޮނުއްވައިފިއެވެ. އެމީހުން ދެންނެވިއެވެ. އަހުރެމެންނަށް ވެރިޔަކުކަމުގައި އޭނާވާނީ ކޮންފަދައަކުން ހެއްޔެވެ؟ އޭނާއަށްވުރެ އަހުރެމެން ވެރިކަމަށް މާ حقّ ކަންބޮޑެވެ. އަދި އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއްވެސް ނެތެވެ. އެ نبي އާ ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ تعالى އެރަސްގެފާނު ކަލޭމެންގެމައްޗަށް خاصّ ކުރައްވައި إخْتِيَار ކުރައްވައިފިއެވެ. އަދި އެރަސްގެފާނަށް عِلْم އާއި ހަށިގަނޑުގެ ތަނަވަސްކަން އެކަލާނގެ ދެއްވައިފިއެވެ. އަދި ﷲ تعالى އެކަލާނގެ ވެރިކަން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދެއްވައެވެ. އަދި ﷲ އީ ދެއްވުންތަކާއި فَضْلَ ވަންތަކަން ތަނަވަސްވެވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
2:248
وَقَالَ لَهُمْ نَبِيُّهُمْ إِنَّ ءَايَةَ مُلْكِهِۦٓ أَن يَأْتِيَكُمُ ٱلتَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ ءَالُ مُوسَىٰ وَءَالُ هَـٰرُونَ تَحْمِلُهُ ٱلْمَلَـٰٓئِكَةُ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لَّكُمْ إِن كُنتُم مُّؤْمِنِينَ
Wa-q̣aala lahum Nabiyyuhum ʹinna ʹaayata Mulkiheee ʹañy yaʹtiyakumut Taabootu feehi sakeenatum mir Rabbikum wa-baq̣iyyatum mimmaa taraka ʹAalu Moosaa wa-ʹAalu Haaroona taḥmiluhul malaaaʹikah. ʹInna fee ẓaalika laʹaayatal lakum ʹiñ kuñtum Muʹmineen.
އަދި އެމީހުންގެ نَبي އާ އެމީހުންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން އެރަސްގެފާނުންގެ ރަސްކަމުގެ عَلاَمَة އަކީ دليل އަކީ، ކަލޭމެންގާތަށް އޭނާ تَابُوتُ ގެނަސްދެއްވުމެވެ. އޭގެތެރޭގައި ކަލޭމެންގެ رَبّ ގެ حضرة ންވާ ހަމަޖެހުމާ ސުކޫނަތުވެއެވެ. އަދި موسى عليه السّلام އާއި هارون عليه السّلام އާއި ދެބޭކަލުންގެ آل ން ގެންގުޅުއްވާފައިވާ ބައެއްތަކެތިވެސް ވެއެވެ. އެ تَابُوت އުފުއްލަވައި ގެންނަވާނީ މަލާއިކަތް ބޭކަލުންނެވެ. ހަމަކަށަވަރުން އެކަމުގައި ކަލޭމެންނީ مؤمن ންކަމުގައިވަންޏާ طالوت ގެ ރަސްކަމުގެމައްޗަށް دليل ކުރާ دليل އާއި ހެކި ކަލޭމެންނަށްވެއެވެ. تَابُوت އަކީ ބޮޑުފޮށްޓެއްކަމުގައިވިއެވެ. قُرُطُبِى ގެ مَشْهُور تَفْسِير الجامِعُ لأحْكَام القرآن އެވެ ކިއުނު ފޮތުގައި މިއާޔަތުގެ تفسير ލިއުއްވަމުން ލިއުއްވާފައިވެއެވެ. تَابُوت އަކީ ﷲ تعالى آدم عليه السّلام އަށް ބާވައިލެއްވި އެއްޗެކެވެ. އެކަލޭގެފާނުންގެ އަރިހުގައި އެކަލޭގެފާނު އަވަހާރަވާންދެން ހުރިކަމުގައިވިއެވެ. ދެން އެފޮށި واصل ވިކަމަށްވަނީ يعقوب عليه السّلام އަށެވެ. އެދެމެދުގެ معلومات ފެންނާކަށްނެތެވެ. ދެން بني إسرائيل ން ގެންގުޅުނީއެވެ. އެމީހުން ހަނގުރާމައެއް ކުރަންޏާ އޭތިގެންގޮސް عدوّ ން ކުރިމަތީ ބަހައްޓަނީއެވެ. އޭރުން ކާމިޔާބުވެއެވެ. ދެން މިބައިމީހުން އުރެދުމުގެ ސަބަބުން عَمَالِقَة ގެ أمير جَالُوت އާއި އޭނާގެ މީހުން އެ تابوت ގެންދިޔައީއެވެ. ދެން جالوت އާއި ހަނގުރާމައަށް މިވަޑައިގެންނެވި طالوت އަށް މަލާއިކަތްބޭކަލުން ގެނަސްދެއްވީއެވެ. އެއީ އޭރުހުންނެވި نبي އާގެ ބަސްފުޅު ތެދުކުރުމުގެ ގޮތުންނެވެ. والله أعلم. އޭގެތެރޭގައި موسى عليه السّلام ގެ عصا ކޮޅާއި އެކަލޭގެފާނުން ގެންގުޅުއްވި ފިލާކޮޅުގެ ބައެއްވެސް ވާކަމުގައިވިއެވެ. އަދިވެސް..... ކޮންމެއަކަސް އެފޮށިއައުމުން މީސްތަކުންގެ ހިތްތަކަށް ހަމަޖެހުމާއި މައިތިރިކަން އާދެއެވެ.
-
2:249
فَلَمَّا فَصَلَ طَالُوتُ بِٱلْجُنُودِ قَالَ إِنَّ ٱللَّهَ مُبْتَلِيكُم بِنَهَرٍ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّى وَمَن لَّمْ يَطْعَمْهُ فَإِنَّهُۥ مِنِّىٓ إِلَّا مَنِ ٱغْتَرَفَ غُرْفَةًۢ بِيَدِهِۦ ۚ فَشَرِبُوا۟ مِنْهُ إِلَّا قَلِيلًا مِّنْهُمْ ۚ فَلَمَّا جَاوَزَهُۥ هُوَ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ قَالُوا۟ لَا طَاقَةَ لَنَا ٱلْيَوْمَ بِجَالُوتَ وَجُنُودِهِۦ ۚ قَالَ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَـٰقُوا۟ ٱللَّهِ كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةًۢ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ
Falammaa faṣala Ṭaalootu biljunoodi q̣aala ʹinnal laaha mub-taleekum̃ binahr. Famañ shariba minhu falaysa minnee: Wa-mal lam yaṭʻamhu faʹinnahoo minneee ʹillaa manig̣h tarafa g̣urfatam biyadih. Fashariboo minhu ʹillaa q̣aleelam minhum. Falammaa jaawazahoo huwa wallaẓeena ʹaamanoo maʻahoo q̣aaloo laa- ṭaaq̣ata lanal Yawma bi-Jaaloota wa-junoodih. Q̣aalal laẓeena ya-Z̤̣unnoona ʹannahum mulaaq̣ul laahi kam miñ fiʹatiñ q̣aleelatin g̣halabat fiʹatañ kas̤eeratam biʹiẓnil laah? Wallaahu maʻaṣ Ṣaabireen.
ދެންފަހެ طالوت އޭނާގެ ސިފައިންނާއިގެން ރަށުން ވަކިވެގެން ވަޑައިގެންނެވިހިނދުން ﷲ تعالى މި لشكر ގައިތިބި މީހުން طالوت އަށް ކިޔަމަންވެގެންވާކަމާއި ނުވާކަން ދެއްކެވުމަށް ފެންކޯރެއް މެދުވެރިކުރައްވައި އެމީހުން إمتحان ކުރެއްވިއެވެ. طالوت ވިދާޅުވީ މިކޯރުން ހަމައެކަނި އަތްގޮށިން ނަގާ ފެންއަތްގޮށްޓެއް ބޮއިލުން ނޫން ވަރަކަށް ފެންބޮއި ފެނުގެ ބޭނުންކޮށްފިމީހަކީ އަހުރެން ބައިގެ މީހެއްނޫނެވެ. އަދި އެއިން ނުބުއި މީހުންނީ އަހުރެންގެ މީހުންނެވެ. އޭރު އެމީހުންތިބީ ފެންމަދުވެގެން طالوت އާއި شكوى ކޮށްކޮށެވެ. ދެންފަހެ އެ لشكر ގެ މަދުމީހަކު މެނުވީ އެކޯރުން ފެންބޮއިފިއެވެ. ދެން طالوت އާއި އޭނާގެ މީހުން އެކޯރު ފަހަނަޅައި ދިއުމުން. އެ لشكر ގައިތިބި منافق ންނާއި އުރެދުންތެރިމީހުން ދެންނެވިއެވެ. جَالُوت އާއި އޭނާގެ ސިފައިންނާ ހަނގުރާމަކުރާހާ ބާރެއް މިއަދު އަހުރެމެންގެ ކިބައިގައި ނެތެވެ. (ބުނެވެނީ މިހެން ދަންނަވާފައި މިބައިމީހުން ދިޔައީކަމަށެވެ.) އެހެނެއްކަމަކު قيامة ދުވަހުން ﷲ އާއި ބައްދަލުވާނެކަމުގައި يقين ކުރާ ތެދުވެރި مؤمن ން ދެންނެވިއެވެ. عدد ގިނަވެގެންވާ ކިތަންމެ جماعة އެއްގެމައްޗަށް عدد މަދުވެގެންވާ ކިތަންމެ جماعة އެއް ﷲ ގެ إذن ފުޅަށް ގަދަވެފައިވޭހެއްޔެވެ؟ އަދި ﷲ ގެ رحمة އާއި فضل ވަންތަކަންވަނީ ކެތްތެރީންނާއިއެކުގައެވެ.
-
2:250
وَلَمَّا بَرَزُوا۟ لِجَالُوتَ وَجُنُودِهِۦ قَالُوا۟ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ
Wa-lammaa barazoo li-Jaaloota wa-junoodihee q̣aaloo Rabbanaaa ʹafrig̣h ʻalaynaa ṣabrañw was̤abbit ʹaq̣daamanaa wañs̤urnaa ʻalal Q̣awmil kaafireen.
އަދި طَالوت އާއި އޭނާގެ މީހުން جَالُوت އާއި އޭނާގެ لشكر އާއި ބައްދަލުވިހިނދުން طَالوت ގެ لشكر ގެމީހުން ދެންނެވިއެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އިތުރުކުރައްވައި އަދި އަޅަމެންގެ ފައިތިލަތައް ސާބިތުކޮށްދެއްވައި އަދި ކާފަރުވީ މީސްތަކުންގެ މައްޗަށް އަޅަމެނަށް نصر ދެއްވާފާނދޭވެ!
-
2:251
فَهَزَمُوهُم بِإِذْنِ ٱللَّهِ وَقَتَلَ دَاوُۥدُ جَالُوتَ وَءَاتَىٰهُ ٱللَّهُ ٱلْمُلْكَ وَٱلْحِكْمَةَ وَعَلَّمَهُۥ مِمَّا يَشَآءُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ ٱلْأَرْضُ وَلَـٰكِنَّ ٱللَّهَ ذُو فَضْلٍ عَلَى ٱلْعَـٰلَمِينَ
Fahazamoohum̃ biʹiẓnil laahi wa-q̣atala Daawoodu Jaaloota wa-ʹaataahul laahul Mulka wal-Ḥikmata wa-ʻallamahoo mimmaa yashaaaʹ. Wa-law-laa dafʻul laahin naasa baʻḍahum̃ bibaʻḍil lafasadatil ʹarḍu wa-laakinnal laaha Ẓoo Faḍlin ʻalal ʻaalameen.
ދެންފަހެ މިބައިމީހުން جالوت އާއި އޭނާގެ لشكر ﷲ ގެ އިޒުނަފުޅަށް ބަލިކޮށްފިއެވެ. އަދި داود ވަޑައިގެން جالوت މަރައިފިއެވެ. އަދި ﷲ تعالى އެ داود ގެފާނަށް ވެރިކަމާއި نبي ކަން ދެއްވައިފިއެވެ. (އެއީ طالوت ގެވެރިކަމާއި شَمْعُون ގެ نَبي ކަމާއެވެ.) އަދި އެކަލާނގެ އެދިވޮޑިގެންނެވިތަކެތީގެ ތެރެއިން އެކަލޭގެފާނަށް އެކަލާނގެ އުގަންނަވައިދެއްވައިފިއެވެ. އަދި މިގޮތަށް އެއްބަޔަކު އަނެއްބައެއްގެ ފަރާތުން دفاع ވާގޮތް ﷲ ލައްވާފައި ނުވާނަމަ ހަމަކަށަވަރުން ބިންގަނޑު ފާސިދުވެއްޖައީހެވެ. بَاطل ގެ مُقَابِل ގައި ދިމާކުރާނެ حقّ ނުވާނަމަ حقّ އާއިގެން ތެދުވާނެބަޔަކު ނުވާނަމަ މުޅިދުނިޔޭގައި بَاطل ވެރިކަން ކޮށްފާނެއެވެ. ނަމަވެސް ﷲ ގެ فضل ވަންތަކަމުން އަބަދުވެސް ކޮންމެވެސްބަޔަކު حقّ ގެއަޑު އުފުލައެވެ. އެހެނީ ހަމަކަށަވަރުން ﷲ تعالى އީ عَالم ތަކުގެމައްޗަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ.
-
2:252
تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۚ وَإِنَّكَ لَمِنَ ٱلْمُرْسَلِينَ
Tilka ʹAayaatul laahi natloohaa ʻalayka bilḥaq̣q̣; wa-ʹinnaka laminal Mursaleen.
އިސްވެދިޔަ واقعة ތަކަކީ އަދި އެވާހަކަތައް ތިމަންރަސްކަލާނގެ ކަލޭގެފާނަށް މި بَيَان ކޮށްދެއްވި ވާހަކަތަކަކީ ހައްތާވެސް ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ حقّ دليل އާއި ހެއްކެވެ. (އަދި އޭ محمّد ގެފާނެވެ!) ހަމަކަށަވަރުން ކަލޭގެފާނުވަނީ رسول ބޭކަލުންގެ ތެރެއިންނެވެ.