Back to Quran

ސޫރަތްތައް 1

Al-Fatihah

The Opener · Makki · 7 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ

    Bismil lahir Raḥmaanir Ra-ḥeem

    ފުރަތަމަ أَعُوذُ ގެމާނަ: ހެޔޮކަމާދުރުވެގެންވާ އަދި لَعْنَة ލެއްވި ފައްސައިލެވިގެންވާ شيطان އާގެ ފަރާތުން ސަލާމަތްވެ ރައްކާތެރިވުމަށް ﷲ ގެ حضرة ން މިއަޅާ حماية އާއި ރައްކާތެރިކަން ލިބިގަންނަމެވެ. ﷲ ގެ ނަންފުޅުން އަޅުފަށަމެވެ. އެކަލާނގެއީ އެންމެހައި خلق ތަކުންނަށް عامّ ކޮށް ދުނިޔޭގައި رحمة ލައްވާ ކަލާނގެއެވެ. އަދި މުއުމިނު އަޅުތަކުންނަށް قيامة ދުވަހުން خاصّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ.

  2. 2

    ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ

    Al-Ḥamdu Lillaahi Rabbil ʻAalameen;

    އެންމެހައި تَعْرِيف އާއި ثَنَاء خاصّ ވެ މިލްކުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ عالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތި ތަރްބިއްޔަތު ކުރައްވާ އެތަކެތީގެވެރި ކަލާނގެއެވެ. (عَالَم ތަކަކީ ﷲ ފިޔަވައި ދެންހުރި ހުރިހާއެއްޗެކެވެ. والله أعلم)

  3. 3

    ٱلرَّحْمَـٰنِ ٱلرَّحِيمِ

    ʹAr-Raḥmaanir Raḥeem;

    އެކަލާނގެއީ އެންމެހައި خلق ތަކުންނަށް عامّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ. އަދި މުއުމިނުތަކުންނަށް قيامة ދުވަހުން خاصّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ.

  4. 4

    مَـٰلِكِ يَوْمِ ٱلدِّينِ

    Maaliki Yawmid Deen!

    އެކަލާނގެއީ عمل ތަކަށް ހިސާބުބައްލަވާ ޖަޒާދެއްވާ ދުވަހުގެ ވެރިކަލާނގެއެވެ.

  5. 5

    إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

    ʹIyyaaka naʻbudu wa-ʹiyyaaka nastaʻeen.

    (އަޅަމެންގެ رَبُّއެވެ.) އަޅަމެން އަޅުކަންކުރަނީ (އަދިކުރާނީވެސް) އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ (އަދިއެދޭނީވެސް) ހަމަ އިބަރަސްކަލާނގެ حضرة ންނެވެ.

  6. 6

    ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ

    ʹIhdinaṣ Ṣiraaṭal Mustaq̣eem.

    އަޅަމެނަށް ސީދާވެގެންވާ ތެދުމަގު ދައްކަވާނދޭވެ.

  7. 7

    صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ

    Ṣiraaṭal laẓeena ʹanʻamta ʻalayhim G̣ayril mag̣ḍoobi ʻalayhim wa-laḍ ḍaaalleen.

    އެއީ އިބަރަސްކަލާނގެ އެބޭބޭކަލުންނަށް نعمة ލެއްވި (ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނާއި ޝަހީދުންނާއި صدّيق ންފަދަ) ބޭބޭކަލުންގެ މަގެވެ. އަދި (ޔަހޫދީންފަދައިން) ކޯފާލެއްވުނު މީހުންގެ މަގެއްނޫނެވެ. އަދި (نصارى އިންފަދައިން) މަގުފުރެދުނުމީހުންގެ މަގެއްވެސްނުމެނޫންމެއެވެ.\n• ދަންނައެ! آمين މިކަލިމައަކީ الحمد ގެ ބައެއްނޫނެވެ. އެއީ خاصّ دعاء އެކެވެ. އޭގެ މާނައަކީ އަޅަމެންގެ دعاء އިޖާބަކުރައްވާނދޭވެ. މިއެވެ.\n• أَعُوذ އާއި بِسْم އާއި އަދި الحمد ގައި އެކުލެވިގެންވާ ބައެއް ކަލިމައާއިމެދު تفسير علم ވެރިން ދައްކަވާފައިވާ ދިގު تَفْصِيل ވާހަކައާއި إِخْتِلاَفُ މިކުޑަކުޑަ ތަރުޖަމާއަށް އުފުލައިގަނެވޭވަރު ނުވާތީއެވާހަކަތައް ﷲ توفيق ދެއްވި އެހެން ވަގުތެއްގައި ކޮންމެވެސް މިންވަރަކަށް بيان ކޮށްދިނުމުގެ قصد ގައި އިހަށް ބޭއްވީއެވެ. އެވާހަކަތައް އަޅުގަނޑުމެންނަށް ބަޔާންކޮށްދެވޭތޯ ޤަލަމްކޮޅުތައް حركات ކުރެއްވި ބޭބޭކަލުންނަށް ﷲ ހެޔޮ رحمة އާއި މާތް ދަރަޖަދެއްވާނދޭވެ! އަޅަމެން އޭގައި شامل ކުރައްވާނދޭވެ! آمين آمين آمين