Surah Al-Ma'idahBegins here at 5:82
-
5:82
۞ لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟ ۖ وَلَتَجِدَنَّ أَقْرَبَهُم مَّوَدَّةً لِّلَّذِينَ ءَامَنُوا۟ ٱلَّذِينَ قَالُوٓا۟ إِنَّا نَصَـٰرَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ
Latajidanna ʹashaddan naasi ʻadaawatal lillaẓeena ʹaamanul Yahooda wallaẓeena ʹashrakoo: wa-latajidanna ʹaq̣rabahum mawaddatal lil-laẓeena ʹaamanul laẓeena q̣aalooo innaa Naṣaaraa: ẓaalika biʹanna minhum Q̣isseeseena Wa-Ruhbaanañw Waʹannahum laa- yastakbiroon.
ކަނޑައެޅިގެން (محمّد ﷺ އަށް) އީމާންވެގެންވާ މީސްތަކުންނަށް عداوة ތެރިކަން އެންމެގަދަވެގެންވަނީ يهودي ންނާއި އަދި مُشْرك ންކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އަދި އީމާންވީ މީސްތަކުންނަށް އެންމެވެސް ލޯބިވެތިވުން ގާތްބަޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނީ ތިމާމެންނީ نصارى އިންނޭ ބުނާމީހުންނެވެ. އެހެން އެވީ އެމީހުންގެތެރޭގައި قِسِّيسِين ންނާއި رَاهِبُ ން ތިބީމައެވެ. (قِسِّيسِين އަކީ: عَالِمُ ންނާއި، އަޅުވެރިންނާ تَبَعَ ވާމީހުންނެވެ. حقّ ހޯދުމަށް މަސައްކަތްކުރާ / މީސްތަކުންނަށް އުގަންނައިދޭ މީހުންނެވެ. رَاهب ންނަކީ ފައްޅިހަދައިގެން އަޅުކަންކުރަންގޮސްތިބޭ އަޅުވެރިންނެވެ.) = زُبْدَةُ التَّفْسِيْر =\nއަދި ހަމަކަށަވަރުން އެމީހުން (يهودي ންފަދައިން) މީސްތަކުންގެމައްޗަށް ކިބުރުވެރިވެ ބޮޑާވެ ނުގަންނާނެއެވެ. އަދި ކިއެއްހެއްޔެވެ؟ تَوَاضُعُ ވެރިވާނެއެވެ.
-
5:83
وَإِذَا سَمِعُوا۟ مَآ أُنزِلَ إِلَى ٱلرَّسُولِ تَرَىٰٓ أَعْيُنَهُمْ تَفِيضُ مِنَ ٱلدَّمْعِ مِمَّا عَرَفُوا۟ مِنَ ٱلْحَقِّ ۖ يَقُولُونَ رَبَّنَآ ءَامَنَّا فَٱكْتُبْنَا مَعَ ٱلشَّـٰهِدِينَ
Wa-ʹiẓaa samiʻoo maaa ʹuñzila ʹilar Rasooli taraaa ʹaʻyunahum tafeeḍu minad damʻi mimmaa ʻarafoo minal ḥaq̣q̣. Yaq̣ooloona Rabbanaaa ʹaamannaa faktubnaa maʻash shaahideen.
އަދި رسول އާގެމައްޗަށް (އެބަހީ: محمّد ﷺ ގެމައްޗަށް) ބާވައިލެއްވުނު ތަކެތި އެމީހުން އަހައިފިއްޔާ ކަލޭގެފާނު ދެކެވަޑައިގަންނަވާނީ حقّ ގެތެރެއިން އެމީހުންނަށް އެނގުނުތަކެތީގެ ސަބަބުން އެމީހުންގެ ލޯތަކުން ކަރުނަ ފުރިގެންފައިބާތީއެވެ. އެމީހުން ދަންނަވައެވެ. އޭއަޅަމެންގެ ربّ އެވެ! އަޅަމެން ތެދުކޮށްފީމުއެވެ. އީމާންވެއްޖައީމެވެ. ފަހެ ހެކިވެރިންނާއެކު އަޅަމެން ލިއުއްވާނދޭވެ! (އެބަހީ محمّد ﷺ ގެ أمّة ގެތެރޭގައި އަޅަމެންވެސް ލައްވާނދޭވެ! / އެއީ قيامة ދުވަހުން އެހެން أمّة ތަކަށް ހެކިދޭނޭ މީހުންނެވެ.) • (ދަންނައެވެ! މިއާޔަތްތަކުގައި އިޝާރަތްވެގެންމިދަނީ حَبْش ކަރައިން އެތާނގެ ރަސްގެފާނު نَجَاشِى ފޮނުއްވައިގެން ނުވަތަ جعفربن أبى طالب އާއިއެކު އެރަށުން رسول ﷲ ﷺ ގެ އަރިހަށް އައި قِسِّيسِين ންނާއި رَاهِبُ ންގެ ވާހަކައެވެ. ފަހެ އެބޭކަލުންނަށް މާތްވެގެންވާ رسول އާ قرآن ވިދާޅުވެދެއްވީމާ އެބޭކަލުން އީމާންވެ حقّ ރަނގަޅަށް ފާޅުވީމާ ﷲ އަށް ބިރުން އެބޭކަލުންގެ ލޯތައް ކަރުނައިން ފުރިގެން ސައިލު ހެދުން ވާހަކައެވެ. މިވާހަކަ إبن كثير ގެ تفسير އާއި تفسيرالطبري ގައިވެސް بيان ވެގެންވެއެވެ.) އަދިވެސް އެބޭކަލުން ދެންނެވިކަމުގައި ﷲ وحي ކުރެއްވިއެވެ.
-
5:84
وَمَا لَنَا لَا نُؤْمِنُ بِٱللَّهِ وَمَا جَآءَنَا مِنَ ٱلْحَقِّ وَنَطْمَعُ أَن يُدْخِلَنَا رَبُّنَا مَعَ ٱلْقَوْمِ ٱلصَّـٰلِحِينَ
Wa-maa lanaa laa- nuʹminu billaahi wa-maa jaaaʹanaa minal ḥaq̣q̣i wa-naṭmaʻu ʹañy yudkhilanaa Rabbunaa maʻal q̣awmiṣ Ṣaaliḥeen.
ﷲ އަށާއި އަދި حقّ ގެތެރެއިން އަހުރެމެންގާތަށް އައިތަކެއްޗަށް އަހުރެމެން އީމާން ނުވާންވީ ކިއެއްވެގެންހެއްޔެވެ؟ އަދި އަހުރެމެން ދަހިވެތިވަނީ އަހުރެމެންގެ ربّ އަހުރެމެން صالح މާތްމީހުންގެ ތެރެއަށް ވެއްދެވުމަށެވެ. (އެމާތް މީހުންނަކީ رسول ﷲ ﷺ އާއި އެކަލޭގެފާނުންގެ إصحاب ންނެވެ.)
-
5:85
فَأَثَـٰبَهُمُ ٱللَّهُ بِمَا قَالُوا۟ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَذَٰلِكَ جَزَآءُ ٱلْمُحْسِنِينَ
Faʹas̤aabahumul laahu bimaa q̣aaloo Jannaatiñ tajree miñ taḥtihal ʹanhaaru khaalideena feehaa. Waẓaalika jazaaaʹul Muḥsineen.
ދެންފަހެ އެމީހުން އެބުނިބުނުމުގެސަބަބުން ﷲ تعالى އެމީހުންނަށް ثواب ދެއްވައިފިއެވެ. އެއީ އެތަންތާނގެ ދަށުން އާރުތައްދެމޭ ސުވަރުގެތަކެވެ. އެތަންތާނގައި އެމީހުން ދެމިތިބޭގޮތަށެވެ. އަދި إحسان ތެރިންގެ ދަރުމަޔަކީ، ޖަޒާއަކީ އެއީއެވެ.
-
5:86
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ
Wallaẓeena kafaroo wa-kaẓẓaboo biʹayaatinaaa ʹulaaaʹika ʹAṣḥaabul Jaḥeem.
އަދި ކާފަރުވެ އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީސްތަކުން (ދަންނައެވެ!) އެއީ ކަނޑައެޅިގެން ނަރަކައިގެ އެކުވެރިންނެވެ.
-
5:87
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَـٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ
Yaaa-ʹayyuhal laẓeena ʹaamanoo laa- tuḥarrimoo ṭayyibaati maaa ʹaḥallal laahu lakum wa-laa taʻtadoo: ʹinnal laaha laa- yuḥibbul muʻtadeen.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ تعالى ކަލޭމެންނަށް حلال ކޮށްދެއްވި ރަނގަޅުތަކެތި ކަލޭމެން (އަމިއްލައަށް) حرام ތަކެތިކަމުގައި ނުހަދާށެވެ! އަދި ކަލޭމެން އެތަކެތީގައި (ބޭނުންކުރުމުގައި) ހައްދުފަހަނަޅައިގެންވެސް ނުދާށެވެ! (ކޮންމެކަމެއްވެސް ﷲ އާއި އެކަލާނގެ رسول އާގެ ގިއުގަނޑުގެ ތެރޭގައިބަހައްޓާށެވެ! އަދި އިތުރު ނުކުރާށެވެ!) އެހެނީ ހަމަކަށަވަރުން ހައްދުފަހަނަޅައިގެންދާމީހުންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.
-
5:88
وَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَـٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ أَنتُم بِهِۦ مُؤْمِنُونَ
Wa-kuloo mimmaa razaq̣akumul laahu ḥalaalañ ṭayyibaa; wattaq̣ul laahal laẓeee ʹañtum̃ bihee Muʹminoon.
އަދި ﷲ ކަލޭމެންނަށް ދެއްވި ރިޒުގުގެތެރެއިން حلال ރަނގަޅުތަކެތި ކަލޭމެންކާށެވެ! އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެކަލާނގެއީ ކަލޭމެން އެކަލާނގެއަށް އީމާންވާ ކަލާނގެއެވެ. (ކަލޭމެންނަކީ ކަނޑައެޅިގެން އެކަލާނގެ ތެދުކޮށްގެން ތިބިމީހުންނެވެ.)
-
5:89
لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَـٰنِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَـٰنَ ۖ فَكَفَّـٰرَتُهُۥٓ إِطْعَامُ عَشَرَةِ مَسَـٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَـٰثَةِ أَيَّامٍ ۚ ذَٰلِكَ كَفَّـٰرَةُ أَيْمَـٰنِكُمْ إِذَا حَلَفْتُمْ ۚ وَٱحْفَظُوٓا۟ أَيْمَـٰنَكُمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَشْكُرُونَ
Laa- yuʹaakhiẓukumul laahu billag̣wi feee ʹaymaanikum wa-laakiñy yuʹaakhiẓukum̃ bimaa ʻaq̣q̣attumul ʹaymaan: fakaffaaratuhooo ʹiṭʻaamu ʻasharati masaakeena min ʹawsaṭi maa- tuṭʻimoona ʹahleekumʹ aw kiswatuhumʹ aw taḥreeru raq̣abah. Famal lam yajid fa-Ṣiyaamu s̤alaas̤ati ʹay-yaam. Ẓaalika kaffaaratu ʹaymaanikum ʹiẓaa ḥalaftum Waḥfaz̤̣ooo ʹaymaanakum. Kaẓaalika yubayyinul laahu lakum ʹAayaatihee laʻallakum tashkuroon.
(އޭ މީސްތަކުންނޭވެ!) ކަލޭމެން ހުވައިކުރުމުގައި އެއްވެސް قصد އެއްނެތި ހިތުގެ يقين ކަމެއްނެތި ކަލޭމެން ކުރާ ހުވަޔަށް ﷲ ކަލޭމެންނަށް عقوبة ނުދެއްވައެވެ. (އެއީ لَغْو އެވެ. عَرَبِى ންގެތެރޭގައި އެއީ ވަރަށްގިނަ ކަމެކެވެ.) އަދި އެހެނެއްކަމަކު ކަލޭމެން ހިތުގައި عزم ކޮށް ހަމަ قصد ގައިކުރާ ހުވައިން އެކަލާނގެ ކަލޭމެން ހިއްޕަވައެވެ. އެބަހީ: އެފަދަ ހުވައިގެ ކައްފާރާ އަކީ ދިހަ މިސްކީނުންނަށް ކާންދިނުމެވެ. އެއީ އެތަނެއްގެ عامّ މީހުން ކައިއުޅޭ މެދުމިނެއްގެ ކާނާއަކުންނެވެ. ނުވަތަ އެމީހުންނަށް (ދިހަމީހުންނަށް) ހެދުން ދިނުމެވެ. ނުވަތަ އަޅަކު މިނިވަންކުރުމެވެ. ދެންފަހެ އެއިން އެއްވެސްކަމެއް ކުރެވޭފަދައެއްނެތްމީހާ ތިންދުވަހު ރޯދަހިފުމެވެ. އެއީ ކަލޭމެންގެ ހުވައިތަކުގެ كفّارة އެވެ. ކަލޭމެން ހުވައިކޮށްފިއްޔާ ކަލޭމެން ހުވަޔަށް ރައްކާތެރިވާށެވެ! (ހުވައެއްކޮށްފިއްޔާ އެޔާ خلاف ނުވާށެވެ!) އަދި كفّارة ދޭންޖެހިއްޖެހިނދެއްގައި އެކަމަށް ފަރުވާކުޑަނުކުރާށެވެ! / އަދި ހުވައިކުރުމަށް އަވަސްވެ ނުގަންނާށެވެ! ﷲ تعالى އެކަލާނގެ އާޔަތްތައް ކަލޭމެންނަށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން شكر ކުރޭތޯއެވެ. / ނުވަތަ ކަލޭމެން شكر ކުރުމުގެ أمّيد އުއްމީދުގައެވެ.\n• ދަންނައެވެ! ހުވައިގެ ވައްތަރުތަކާއި كفّارة ގެ ދިގު تفصيل ވާހަކަތައް حديث ފޮތްތަކާއި فقه ފޮތްތަކުގައި بيان ވެގެންވެއެވެ. މިއީ އަދި އެކަމުގެ فرصة އެއްނޫނެވެ. އެ فرصة ލިބުނީމާ އެބައި އަދި بيان ކޮށްދޭހުށީމެވެ. إن شاء ﷲ.
-
5:90
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَـٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَـٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ
Yaaaʹayyuhal laẓeena ʻaamanoooʹ innamal khamru walmaysiru wal-ʹañṣaabu wal-ʹazlaamu rijsum min ʻamalish shayṭaani fajtaniboohu laʻal-lakum tufliḥoon.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބަނގުރާއާއި (އެބަހީ ރާބުއިމާއި) ޖުވާކުޅުމާއި އަޅުކަންކުރުމަށް ބަހައްޓާފައިވާ ހިލަތަކާއި (ބުދުތަކާއި - އެބަހީ އެއަށް އަޅުކަންކުރުމާއި) ނަސީބުގެ ވަރުބަލަން ފާލުބެލުމާއި (ދުނިދަނޑިލައިގެން ފާލުބެލުމާއި) މި އެންމެހައި ކަންތައްތައްވާކަންކަށަވަރީ ހަޑިމުޑުދާރު ނަޖިސްކަމުގައެވެ. އެއީ شيطان އާގެ عمل ގެތެރެއިންވާ ކަންކަމެވެ. ފަހެ އެކަންކަމުން ކަލޭމެން ދުރުވެގަންނާށެވެ! އެއީ ކަލޭމެނަށް ކާމިޔާބުވެ نصيب ލިބިގަތުމުގެ أمّيد ގައެވެ.
-
5:91
إِنَّمَا يُرِيدُ ٱلشَّيْطَـٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ
ʹInnamaa yureedush Shayṭaanu ʹañy yooq̣iʻa baynakumul ʻadaawata wal-bag̣ḍaaaʹa fil khamri wal-maysiri wa-yaṣuddakum ʻañ ẓikril laahi wa-ʻaniṣ Ṣalaah: fahal ʹañtum muñtahoon.
شيطان އާ އެދޭކަންކަށަވަރީ عداوة ތެރިކަމާއި ރުޅިވެރިކަން ކަލޭމެން (مؤمن ންގެ) މެދުގައި އުފެއްދުމަށެވެ. މެދުވެރިކުރުވުމަށެވެ. އެއީ ރަލާއި ޖުވާގެ ސަބަބުންނެވެ. އަދި އެސޮރު އެދެނީ ﷲ ގެ ذِكْرُ ންނާއި ﷲ ހަނދާންކުރުމުންނާއި އަދި ނަމާދުކުރުމުން ކަލޭމެން މަނާކޮށް ދުރުކުރުމަށެވެ. ކަލޭމެން ފަހެ މިކަންކަންކުރުމުން ހުއްޓޭނޭހެއްޔެވެ؟ ހުއްޓައިލާށެވެ!
-
5:92
وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَٱحْذَرُوا۟ ۚ فَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّمَا عَلَىٰ رَسُولِنَا ٱلْبَلَـٰغُ ٱلْمُبِينُ
Wa-ʹaṭeeʻul laaha wa-ʹaṭeeʻur Rasoola waḥẓaroo: faʹiñ tawal-laytum faʻlamooo ʹannamaa ʻalaa Rasoolinal balaag̣ul mubeen.
އަދި ކަލޭމެން ﷲ އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން رسول އާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން (އެކަލާނގެ امر ފުޅުތަކާއި خلاف ވެދާނޭކަމަށް) ބިރުވެތިވާށެވެ! އަދި ކަލޭމެން (ތިމަންރަސްކަލާނގެ އަމުރާއި ނަހީއަށް ކިޔަމަންނުވެ) އެނބުރި ފުރަގަސްދީފިނަމަވެސް ކަލޭމެން ދަންނާށެވެ! ތިމަންރަސްކަލާނގެ رسول އާގެ މައްޗަށް އޮންނާނެކަން ކަށަވަރީ ބަޔާންވެގެންވާގޮތުގައި އިއްވައިދިނުމެވެ.
-
5:93
لَيْسَ عَلَى ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جُنَاحٌ فِيمَا طَعِمُوٓا۟ إِذَا مَا ٱتَّقَوا۟ وَّءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ثُمَّ ٱتَّقَوا۟ وَّءَامَنُوا۟ ثُمَّ ٱتَّقَوا۟ وَّأَحْسَنُوا۟ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ
Laysa ʻalal laẓeena ʹaamanoo wa-ʻamilus ṣaaliḥaati junaaḥuñ feemaa ṭaʻimooo ʹiẓaa mat taq̣aw waʹaamanoo wa-ʻamiluṣ Ṣaaliḥaati s̤ummat taq̣aw waʹaamanoo s̤ummat taq̣aw waʹaḥsanoo. Wallaahu yuḥibbul muḥsineen.
އަދި އީމާންވެގެން صالح عمل ކުރިމީހުން (ރާ حرام ވުމުގެކުރިން އެމީހުން އެބުއި ބުއިމަކުން ރާ حرام ވުމުގެކުރިން މަރުވެފައިވާނަމަވެސް) އެމީހުންގެ މައްޗަށް އެއްވެސްކުށެއްނެތެވެ. އެއީ އެމީހުން تقوى ވެރިވެ އީމާންވެ އަދި صالح عمل ކުރިނަމައެވެ. ދެން އެމީހުން تقوى ވެރިވެ އީމާންވެ ދެން تقوى ވެރިވެ إحسان ތެރިވެއްޖެއްޔާއެވެ. އަދި إحسان ތެރިންނަށް ﷲ ލޯބިވެވޮޑިގެންވެއެވެ.
-
5:94
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَيَبْلُوَنَّكُمُ ٱللَّهُ بِشَىْءٍ مِّنَ ٱلصَّيْدِ تَنَالُهُۥٓ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ ٱللَّهُ مَن يَخَافُهُۥ بِٱلْغَيْبِ ۚ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ
Yaaa-ʹayyuhal laẓeena ʹaamanoo layabluwannakumul laahu bishayʹim minaṣ ṣaydi tanaaluhooo ʹaydeekum wa-rimaaḥukum liyaʻlamal laahu mañy yakhaafuhoo bilg̣ayb: famaniʻ tadaa baʻda ẓaalika falahoo ʻaẓaabun ʹaleem.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ އަތްތަކުންނާއި ކަލޭމެންގެ ލޮންސިތަކުން ކަލޭމެން ލިބިގަންނަ އެއްގަމު ޝިކާރައިން ހަމަކަށަވަރުން ﷲ ކަލޭމެން إمتحان ކުރެއްވުން އެއީ، ﷲ ނުފެނި غيب ގައި ﷲ އަށް ބިރުވެތިވާމީހުން އެކަލާނގެ ދެނެވޮޑިގެންވާކަން އެކަލާނގެ މާތް އަޅުތަކުންނަށް ދެއްކެވުމަށެވެ. ދެންފަހެ އެއަށްފަހު (އެބަހީ ޝިކާރަކުރުން حرام ވުމުގެ إمتحان އަށްފަހު) ދެން ހައްދުފަހަނަޅައިފިމީހާ ދަންނައެވެ! ފަހެ އެމީހަކަށް ހުރީ ވޭންދެނިވި عذاب އެވެ.
-
5:95
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْتُلُوا۟ ٱلصَّيْدَ وَأَنتُمْ حُرُمٌ ۚ وَمَن قَتَلَهُۥ مِنكُم مُّتَعَمِّدًا فَجَزَآءٌ مِّثْلُ مَا قَتَلَ مِنَ ٱلنَّعَمِ يَحْكُمُ بِهِۦ ذَوَا عَدْلٍ مِّنكُمْ هَدْيًۢا بَـٰلِغَ ٱلْكَعْبَةِ أَوْ كَفَّـٰرَةٌ طَعَامُ مَسَـٰكِينَ أَوْ عَدْلُ ذَٰلِكَ صِيَامًا لِّيَذُوقَ وَبَالَ أَمْرِهِۦ ۗ عَفَا ٱللَّهُ عَمَّا سَلَفَ ۚ وَمَنْ عَادَ فَيَنتَقِمُ ٱللَّهُ مِنْهُ ۗ وَٱللَّهُ عَزِيزٌ ذُو ٱنتِقَامٍ
Yaaa-ʹayyuhal laẓeena ʹaamanoo laa- taq̣tuluṣ ṣayda wa-ʹañtum ḥurum. Wa-mañ q̣atalahoo miñkum mutaʻammidañ fajazaaaʹum mis̤lu maa- q̣atala minan naʻami yaḥkumu bihee ẓawaa ʻadlim miñkum hadyam baalig̣al kaʻbati ʹaw kaffaaratuñ ṭaʻaamu masaakeena ʹaw ʻadlu ẓaalika ṣiyaamal liyaẓooq̣a wabaala ʹamrih. ʻAfal laahu ʻammaa salaf: wa-man ʻaada fayañtaq̣imul laahu minh. Wallaahu ʻAzeezuñ Ẓun tiq̣aam.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން (حجّ އަށް ނުވަތަ عمرة އަށް) إحرام ބަނދެގެންވާ حال ކަލޭމެން އެއްގަމު ޝިކާރަ ނުކުރާށެވެ! އެއްގަމު ސޫފި ނުމަރާށެވެ! އަދި ކަލޭމެންކުރެ އެއިން އެއްޗެއް ހަމަގަސްތުގައި މަރައިފިމީހާ ދަންނައެވެ! ފަހެ އޭނާގެ އެކުށުގެ جزاء އަކީ އޭގެ عقوبة އަކީ އޭނާ އެމެރިވަރުގެ އެއްޗެއް (كفّارة އެއްގެގޮތުން) ދިނުމެވެ. އެއެއްޗެއް މިންވަރު ކުރުމަށް ކަލޭމެންކުރެ عدل ވެރި ދެހެކިން حكم ކުރާށެވެ! އެއީ ގެފުޅަށް ފޮނުވޭ هَدِيَة އެއްގެގޮތުން ފޮނުވޭ هَدْى އެކެވެ. ނުވަތަ އެކަމުގެ كفّارة އަކީ މިސްކީނުންތަކަކަށް ކާންދިނުމެވެ. (އެއީ އޭނާ އެމެރި ޝިކާރައެއްގެ އަގު އެހިސާބުގައި އެވަގުތުހުރި އަގުން އަގުކޮށް، އެއަށްވާ ތަކެއްޗެވެ. ނުވަތަ އެވަގުތަކު އެ އެއްޗެއްގެ އަގު مكّة ގައި ހުރި ވަރަކަށެވެ. ނުވަތަ އޭގެ އަގާއި ހަމަހަމަވާވަރަށް ރޯދަހިފުމެވެ. (ކޮންމެ مُدّ އެއްގެ މިންވަރަށް ދުވަހެކެވެ.) އަދި މިއާޔަތުގައިމިވާ كفّارة ތައް މިންވަރުކުރުމުގައި علم ވެރިންގެމެދުގައި އެކިވަރުވަރުގެ إختلاف ވެއެވެ. އެކަން ހަނދާންކުރުން ހުއްޓެވެ.) އަދި މި كفّارة ތައް ކަނޑައެޅިފައިމިވަނީ އޭނާ އެކުރި ކުށަށް ލިބޭ عذاب ގެ ރަހަ ލިބިގަތުމަށެވެ. (އަދި މި حكم ބާވައިލެއްވުމުގެކުރިން) އިސްވެގޮސްފައިވާ ކަންތައްތައް ﷲ عفو ކުރައްވައިފިއެވެ. (އަދި މި حكم އައުމަށްފަހު) ދެން އެފަދަކަމަކަށް إعاد ވެއްޖެމީހާ އަރައިގެންފިމީހާ (ދަންނައެވެ! ފަހެ ﷲ އޭނާގެ ކިބައިން ބަދަލުހިއްޕަވާފާނެއެވެ.) ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ އަދި ބަދަލުހިއްޕެވުމުގެވެރި ކަލާނގެއެވެ.
-
5:96
أُحِلَّ لَكُمْ صَيْدُ ٱلْبَحْرِ وَطَعَامُهُۥ مَتَـٰعًا لَّكُمْ وَلِلسَّيَّارَةِ ۖ وَحُرِّمَ عَلَيْكُمْ صَيْدُ ٱلْبَرِّ مَا دُمْتُمْ حُرُمًا ۗ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ
ʹUḥilla lakum ṣaydul baḥri waṭaʻaamuhoo mataaʻal lakum wa-lis-sayyaarah; waḥurrima ʻalaykum ṣaydul barri maa- dumtum ḥurumaa. Wattaq̣ul lahal laẓeee ʹilayhi tuḥ-sharoon.
ކަނޑުގެ ޝިކާރަކުރުމާއި އަދި އެ ޝިކާރަކެއުން ކަލޭމެންނަށް حلال ވެގެންވެއެވެ. އެއީ ކަލޭމެން (ރަށުގައި قائم ވެތިބޭމީހުން) ނަށާއި ދަތުރުވެރިންނަށްވާ مَنْفَعَ އެއްގެގޮތުންނެވެ. އަދި ކަލޭމެން (حجّ އަށް ނުވަތަ عمرة އަށް) إحرام ބަނދެގެންވާހާހިނދެއްގައި އެއްގަމު ޝިކާރަކުރުން ކަލޭމެންގެމައްޗަށް حرام ވެވިގެންވެއެވެ. (އެބަހީ އެކަންކަން ކަލޭމެންގެމައްޗަށް ﷲ حرام ކުރެއްވިއެވެ.) އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެކަލާނގެއީ އެކަލާނގެ حضرة އަށް ކަލޭމެން محشر ކުރެވޭނެ ކަލާނގެއެވެ.
-
5:97
۞ جَعَلَ ٱللَّهُ ٱلْكَعْبَةَ ٱلْبَيْتَ ٱلْحَرَامَ قِيَـٰمًا لِّلنَّاسِ وَٱلشَّهْرَ ٱلْحَرَامَ وَٱلْهَدْىَ وَٱلْقَلَـٰٓئِدَ ۚ ذَٰلِكَ لِتَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَأَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ
Jaʻalal laahul Kaʻbatal Baytal Ḥaraama q̣iyaamal linnaasi wash-Shahral Ḥaraama wal-hadya wal-q̣alaaaʹid. Ẓaalika litaʻlamooo ʹannal laaha yaʻlamu maa- fis samaawaati wa-maa fil ʹarḍi wa-ʹannal laaha bikulli shayʹin ʻAleem.
البَيْتُ الحرَام ކަމުގައިވާ كعبة އެބަހީ ގެފުޅު ﷲ ލައްވާފައިވަނީ މީސްތަކުންގެ دين އާއި ދުނިޔޭގެ އެންމެހައި ކަންތައްތައް صلح ކުރާ أصل އެއްޗެއްކަމުގައެވެ. އަދި حرمة ތެރިވެގެންވާ މައްސަރާއި ގެފުޅަށްގެނެވޭ هَدْىُ އާއި - އެބަހީ އެތަނަށް هَدِيَة ގެގޮތުގައި ގެނެވޭ نَعَمْ ސޫފީގެ ބާވަތްތަކާއި އަދިކަރުގައި قِلاَدَة އަޅުވާފައިވާ نَعَم ސޫތްޕާއި މިހުރިހާތަކެތިވެސް އެކަލާނގެ ލެއްވީ މީސްތަކުންގެ دين އާއި ދުނިޔޭގެ އެންމެހައި ކަންތައް ސަލާމަތްކޮށްދޭ أصل ތަކެއްކަމުގައެވެ. (ގެފުޅަކީ ކޮންމެމީހަކަށް أمان ކަން ހުރިތަނެކެވެ. حرمة ތެރި މައްސަރުތަކުގައި އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކޮށް އަނިޔާކުރުން މަނާވެވިގެންވެއެވެ. އަދި ގެފުޅަށް هدى ހިފައިގެންދާމީހާޔާއި އަދި އޭނާގެ هدى އާއިވެސް ދިމާކޮށް އަނިޔާކޮށް ނުހަދާށެވެ! އެއީ جاهليّة ޒަމާނުއްސުރެ މީސްތަކުންގެ އާދައެވެ. އެގޮތުން މިކަންކަންވެފައިވަނީ މީސްތަކުން ސަލާމަތްކޮށްދޭ أصل ތަކެއްކަމުގައެވެ. والله أعلم) އަދި އެކަންތައްތައް އެގޮތުގެމަތީން ލެއްވީ ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާތަކެތި ﷲ ދެނެވޮޑިގެންވާކަން ކަލޭމެން ދެނެގަތުމަށްޓަކައެވެ. އަދި ހަމަކަށަވަރުން ﷲ تعالىއީ ހުރިހާ އެއްޗެއް އަދި ހުރިހާކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ.
-
5:98
ٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ وَأَنَّ ٱللَّهَ غَفُورٌ رَّحِيمٌ
ʹIʻlamooo ʹannal laaha Shadeedul ʻiq̣aabi wa-ʹannal laaha G̣afoorur Raḥeem.
ހަމަކަށަވަރުން ﷲ تعالى އީ عقوبة ދެއްވުން ގަދަފަދަވަންތަވެ ވޮޑިގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ! އަދި ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑުވެގެންވާ ކަލާނގެކަންވެސް ކަލޭމެން ދަންނާށެވެ!
-
5:99
مَّا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ۗ وَٱللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ
Maa- ʻalar rasooli ʹillal balaag̣. Wallaahu yaʻlamu maa- tubdoona wa-maa taktumoon.
رسول ކަން އިއްވަވައިދިނުންމެނުވީ رسول އާގެމައްޗަށް (ވާޖިބު) ވެގެންނުވެއެވެ. (އެބަހީ: رسول ކަމާއިބެހޭގޮތުން އެކަލޭގެފާނަށް އޮތީ އިއްވައިދިނުމެވެ. ކިޔަމަންތެރިންނަށާއި ނުކިޔަމަންތެރިންނަށް جزاء ދެއްވުން އޮންނާނީ ﷲ އަށެވެ.) އަދި ކަލޭމެން ފައުޅުކުރާކަންތަކާއި އަދި ކަލޭމެން ވަންހަނާކުރާކަމުގައިވާ ކަންތައްތައްވެސް ﷲ ދެނެވޮޑިގެންވެއެވެ.
-
5:100
قُل لَّا يَسْتَوِى ٱلْخَبِيثُ وَٱلطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ٱلْخَبِيثِ ۚ فَٱتَّقُوا۟ ٱللَّهَ يَـٰٓأُو۟لِى ٱلْأَلْبَـٰبِ لَعَلَّكُمْ تُفْلِحُونَ
Q̣ul laa yastawil khabees̤u waṭṭayyibu wa-law ʹaʻjabaka kas̤ratul khabees̤; fattaq̣ul laaha yaaaʹulil ʹalbaabi laʻallakum tufliḥoon.
އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ނުބަޔާ ރަނގަޅު (ނުބައިތަކެއްޗާއި ރަނގަޅުތަކެތި) އެއްވަރު ނުވާނެއެވެ. (ކިޔަމަންތެރިންނާއި ނުކިޔަމަންތެރިން ކާފަރުކަމާއި އީމާންކަން - حرام އާއި حلال ދެން މިހެން.....) މިއެއްވެސް ދެ އެއްޗެއް އެއްވަރުނުވާނެއެވެ. އަދި ނުބައި ކަންތައް - އަދި ނުވަތަ ނުބައިމީހުން ގިނަކަމުން ކަލޭގެފާނު عجائب ފުޅުވިޔަސް (ނުބައި އެއީ ރަނގަޅުކަމުގައިވާނެ އެއްގޮތެއް ނުއޮންނާނެއެވެ.) ފަހެ ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! ކަލޭމެންނަށް ކާމިޔާބުވޭތޯއެވެ. އޭ ބުއްދިވެރިންނޭވެ! ކަލޭމެން تقوى ވެރިވާށެވެ!
-
5:101
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَسْـَٔلُوا۟ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْـَٔلُوا۟ عَنْهَا حِينَ يُنَزَّلُ ٱلْقُرْءَانُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا ۗ وَٱللَّهُ غَفُورٌ حَلِيمٌ
Yaaaʹayyuhal laẓeena ʹaamanoo laa- tasʹaloo ʻan ʹashyaaaʹa iñ tubda lakum tasuʹkum. Wa-ʹiñ tasʹaloo ʻanhaa ḥeena yunazzalul Q̣urʹaanu tubda lakum. ʻAfal laahu ʻanhaa; wallaahu G̣afoorun Ḥaleem.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނަށް (މާބޮޑުބޭނުމެއްނެތް) އެއެއްޗެއްގެ حكم ނޭނގޭ ތަކެއްޗާއިމެދު ކަލޭމެން ސުވާލު ނުކުރާށެވެ! (رسول އާއާއި ސުވާލު ނުކުރާށެވެ!) އެއެއްޗެއްގެ حكم ކަލޭމެންނަށް ހާމަވެ ފައުޅުވެއްޖެއްޔާ ކަލޭމެންނަށް ނުބަޔަކަށް ވެދާނެއެވެ. އަދި قرآن ބާވައިލެއްވެމުންދާ ވަގުތު އެފަދަ ސުވާލުތައް ކަލޭމެން ކުރަމުންދާނަމަ ކަލޭމެނަށް އޭގެ حكم ފައުޅުވެދާނެއެވެ. (އޭރުން އިތުރު ދައްޗަކަށް / އުނދަގުލަކަށް ވެދާނެއެވެ.) ﷲ ވަނީ އެފަދަ ކަންކަން عفو ކޮށްދެއްވާފައެވެ. އަދި ﷲ އީ ގިނަ ގިނައިން ފާފަފުއްސަވާ އަދި ކޯފާމަޑުވެގެންވާ ކަލާނގެއެވެ. (އެބަހީ ކުއްލިއަކަށް ބަދަލު ނުހިއްޕަވާވެސް ދޫކުރައްވާ ކަލާނގެއެވެ.)
-
5:102
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُوا۟ بِهَا كَـٰفِرِينَ
Q̣ad saʹalahaa q̣awmum miñ q̣ablikum s̤umma ʹaṣbaḥoo bihaa kaafireen.
ހަމަކަށަވަރުން އެފަދަ ކަންކަމާއިމެދު ކަލޭމެންގެ ކުރިން ބަޔަކުމީހުން ސުވާލުކުރިއެވެ. (ދެން އޭގެ حكم ތައް ހާމަވުމުން) އެމީހުން އެއަށް ދެކޮޅުހަދާ ކާފަރުވީއެވެ.
-
5:103
مَا جَعَلَ ٱللَّهُ مِنۢ بَحِيرَةٍ وَلَا سَآئِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَـٰكِنَّ ٱلَّذِينَ كَفَرُوا۟ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ
Maa- jaʻalal laahu mim baḥeeratiñw walaa saaaʹibatiñw walaa waṣeelatiñw walaa ḥaamiñw walaakinnal laẓeena kafaroo yaftaroona ʻalal laahil kaẓib; waʹaks̤aruhum laa- yaʻq̣iloon.
ﷲ تعالى އެއްވެސް بَحِيْرَة އެއް އަދި سَائِبَة އެއްވިޔަސް އަދި އެއްވެސް وصيلة އެއްވެސް އަދި އެއްވެސް حامى އެއްވިޔަސް ނުލައްވައެވެ. (އެއީ جاهليّة ޒަމާނުގައި مشرك ން އަމިއްލައަށް އުފައްދާފައިވާ ނަންތަކަކާއި ކަންތައްތަކެކެވެ.) އަދި އެހެނެއްކަމަކު ކާފަރުވީ މީސްތަކުން ﷲ تعالى ގެ މައްޗަށްދޮގުހަދައިގަންނަނީއެވެ. އަދި އެމީހުންކުރެ ގިނަމީހުން ބުއްދި ނުކުރެއެވެ. ނުވިސްނައެވެ. • ދަންނައެވެ. بَحِيْرَة އަކީ، އަންހެން جمل އެވެ. އޭގެ ކަންފަތް ތޮރުފައިލާ ދެން އޭގެކިރު طَاغُوة އަށް خاصّ ކުރަނީއެވެ. (އެއީ ބުދާއި ބުދުބަލަހައްޓާ މީހާއަށެވެ.) އެހެންމީހުން އޭގެކިރު ފެލުން މަނަލެވެ. ކަންފަތް ފަޅާލާފައި ބެހެއްޓުމަކީ އޭގެ علامة އެވެ. سَائِبَة އަކީ: އެއީވެސް އަންހެން جمل އެވެ. މީހާއަށް ބައްޔެއްފަދަ ކަމެއް ދިމާވެގެން ނަދުރު ބުނެފައިވާ جمل އެވެ. މިބަލިން ސަލާމަތްވެއްޖެއްޔާ (މިސާލަކަށް) ދެން އޭގެމައްޗަށް ސަވާރު ނުވުމާއި އަދި އޭތި ބޭނުންތާކުން ހުއިހެއްޕުމަށް ދޫކޮށްލެވޭނެއެވެ. ފެންވެސް ބޭނުންތާކުން ބޯންވީއެވެ. މީހަކު ބެހިގެން ނުވާނެއެވެ. وصيلة: އަކީވެސް އަންހެން جمل އެވެ. އެއީ އަންހެން އެއްޗެއް ވިހައިފާ ދެންވެސް އަންހެން އެއްޗެއް ވިހައިފިއްޔާ އެއެތި އެއީ އެމީހުންނަށެވެ. އަންހެން އެއްޗަކާއި ވިދިގެން ފިރިހެން އެއްޗެއް ވިހައިފިއްޔާ އެއީ އެމީހުންގެ إله ންތަކަށެވެ. الحامى އަކީ: އެއީ ފިރިހެން ޖަމަލެވެ. އެއަށް ދިހަދަރިން ލިބުނީމާ އޭގެ ބުރިކަށި حماية ކުރެވުނީއެވެ. ދެން އޭގެ ބުރިކަށިމައްޗަށް ސަވާރު ނުވެވޭނެއެވެ. އަދި އޭތި ކޮންމެތާކުން ވިނަކައި ފެންބޮއިހެދިނަމަވެސް މަނާނުކުރެވޭނެއެވެ. = زُبْدَة التفسير =
-
5:104
وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُوا۟ حَسْبُنَا مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْلَمُونَ شَيْـًٔا وَلَا يَهْتَدُونَ
Wa-ʹiẓaa q̣eela lahum taʻaalaw ʹilaa maaa ʹañzalal laahu wa-ʹilar Rasooli q̣aaloo ḥasbunaa maa- wajadnaa ʻalayhi ʹaabaaaʹanaa. ʹA-walaw kaana ʹaabaaaʹuhum laa- yaʻlamoona shayʹañw walaa vahtadoon?
އަދި ﷲ ބާވައިލެއްވި އެއްޗެއް ބެލުމަށާއި رسول ވިދާޅުވިއެއްޗެއް ބެލުމަށް ކަލޭމެން އަންނާށޭ އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބުނާނީ އަހުރެމެން އުޅޭނީ އަހުރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ވަނިކޮށް އަހުރެމެން ދުއްގޮތަށެވެ. އެގޮތް އަހުރެމެންނަށް ފުދެއެވެ. މިހެންނެވެ. އަޅެފަހެ އެމީހުންގެ ކާބަފައިންނަށް އެކައްޗެއް ނޭނގުނުނަމަވެސް އަދި އެމީހުންނަށް އެއްވެސް ތެދުމަގެއްނެތްނަމަވެސް ހެޔޮހެއްޔެވެ؟ އެހެންހަދާނީހެއްޔެވެ؟
-
5:105
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا ٱهْتَدَيْتُمْ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
Yaaaʹayyuhal laẓeena ʹaamanoo ʻalaykum ʹañfusakum: laa- yaḍurrukum mañ ḍalla ʹiẓah tadaytum. ʹIlal laahi marjiʻukum jameeʻañ fayunabbiʹukum̃ bimaa kuñtum taʻmaloon.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެމައްޗަށް އޮތީ (އެންމެފުރަތަމަ) ކަލޭމެންގެ އަމިއްލަ نفس ތަކެވެ. (އެ نفس ތައް إصلاح ކުރާށެވެ!) ކަލޭމެންގެ نفس ތައް ތެދުމަގުގައިވަންޏާ އެހެންބަޔަކު މަގުފުރެދުމަކުން ކަލޭމެނަކަށް އެއްވެސް ގެއްލުމެއްނެތެވެ. (منكراة ނަހީކުރުމަށްފަހު އެހެންބަޔަކު قبول ނުކުރިޔަސް އެއީ ކަލޭމެނަށް ގެއްލުންހުރިކަމެއްނޫނެވެ.) ކަލޭމެން އެންމެން ޖަމާވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ. ދެންފަހެ ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީކަންތައްތަކުގެ خبر އެކަލާނގެ ކަލޭމެނަށް ދެއްވާހުއްޓެވެ. • ދަންނައެވެ. މިއާޔަތް تفسير ކުރެއްވި ބައެއް ބޭކަލުން ވިދާޅުވެފައިވަނީ ފަހުޒަމާނަކަށްއައިސް މީސްތަކުންގެ عمل ތައް ނުބައިވެ ﷲ ގެ أمر ފުޅުތަކަށް ފަރުވާލެއް ނުބަހައްޓައި އުޅޭހިނދު ތިމާމެންގެ އަމިއްލަ نفس إصلاح ކޮށް ބަރާބަރުކޮށްފިއްޔާ ބަޔަކުކުރާކަމަކުން ތިމާމެންނަށް ގެއްލުމެއްނެތް ކަމަށެވެ. އެޔާ خلاف އަށް ތިމާމެންވެސް ނުބައިމީހުންނާއެކުވެ ތެއުހަނަކަށްވެ އެމީހުންނެކޭ އެއްގޮތްވެއްޖެއްޔާ ދެން އެނުބައިވީއެވެ. والله أعلم.
-
5:106
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ شَهَـٰدَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ حِينَ ٱلْوَصِيَّةِ ٱثْنَانِ ذَوَا عَدْلٍ مِّنكُمْ أَوْ ءَاخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِى ٱلْأَرْضِ فَأَصَـٰبَتْكُم مُّصِيبَةُ ٱلْمَوْتِ ۚ تَحْبِسُونَهُمَا مِنۢ بَعْدِ ٱلصَّلَوٰةِ فَيُقْسِمَانِ بِٱللَّهِ إِنِ ٱرْتَبْتُمْ لَا نَشْتَرِى بِهِۦ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَـٰدَةَ ٱللَّهِ إِنَّآ إِذًا لَّمِنَ ٱلْـَٔاثِمِينَ
Yaaaʹayyuhal laẓeena ʹaamanoo shahaadatu baynikum ʹiẓaa ḥaḍara ʹaḥadakumul mawtu ḥeenal waṣiyyatis̤ naani ẓawaa ʻadlim miñkum ʹaw ʹaakharaani min g̣ayrikum ʹin ʹañtum ḍarabtum fil ʹarḍi faʹaṣaabatkum muṣeebatul mawt. Taḥbisoonahumaa mim baʻdiṣ Ṣalaati fayuq̣simaani billaahi ʹinir tabtum laa- nashtaree bihee s̤amanañw wa law kaana ẓaa q̣urbaa wa-laa naktumu shahaadatal laahi ʹinnaaa ʹiẓal laminal ʹaas̤imeen.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ބިމުގައި ދަތުރުފަތުރުކޮށްފާދާހިނދު ކަލޭމެންކުރެ މީހަކަށް މަރު حاضر ވެ އޭނާ وصيّة ކުރަންޏާ ކަލޭމެން مؤمن ންކުރެ عدل ވެރި ދެމީހުން (އެ وصيّة ގެ ކަންތަކުގައި) ހެކިވެރިކުރުން ހުއްޓެވެ. ނުވަތަ އެހެންދެމީހުން (އެބަހީ: مؤمنُ ން ނޫން އެހެން دين އެއްގެ ދެމީހުން) ހެކިވެރިކުރުވާށެވެ! (ދެން ރަށަށްއައިސް وصيّة އަދާކުރުމުގައި) އެދެހެކިންނާމެދު خيانة ގެގޮތުން ކަލޭމެނަށް ޝައްކު އުފެދިއްޖެއްޔާ ނަމާދުގެފަހުން (އެބަހީ عصر ނަމާދަށްފަހު) އެދެމީހުން ހިފަހައްޓައި އެދެމީހުންލައްވައި ﷲ ގަންދީ ހުވައިކުރުވާށެވެ! އެދެމީހުން ތިމަންނާމެންގެ މިހުވައިގައި ކިތަންމެގާތްމީހަކަށްނަމަވެސް އެއްވެސް رشوة އެއް ނުހިފާކަމަށާއި އަދި ﷲ އަށްޓަކައި އަހުރެމެންގެ ހެކިބަސް ވަންހަނާނުކުރާނެކަމަށާއި އަދި ވަންހަނާކޮށްފިއްޔާ ހަމަކަށަވަރުން އަހުރެމެންވާނީ ކަނޑައެޅިގެން ފާފަވެރިންކަމުގައި ކަމަށްބުނެ ހުވައިކުރާށެވެ!
-
5:107
فَإِنْ عُثِرَ عَلَىٰٓ أَنَّهُمَا ٱسْتَحَقَّآ إِثْمًا فَـَٔاخَرَانِ يَقُومَانِ مَقَامَهُمَا مِنَ ٱلَّذِينَ ٱسْتَحَقَّ عَلَيْهِمُ ٱلْأَوْلَيَـٰنِ فَيُقْسِمَانِ بِٱللَّهِ لَشَهَـٰدَتُنَآ أَحَقُّ مِن شَهَـٰدَتِهِمَا وَمَا ٱعْتَدَيْنَآ إِنَّآ إِذًا لَّمِنَ ٱلظَّـٰلِمِينَ
Faʹin ʻus̤ira ʻalaaa ʹannahumas taḥaq̣q̣aaa ʹis̤mañ faʹaakharaani yaq̣oomaani maq̣aamahumaa minal laẓeenas taḥaq̣q̣a ʻalayhimul ʹawlayaani fayuq̣simaani billaahi lashahaadatunaaa ʹaḥaq̣q̣u miñ shahaadatihimaa wa-maʻ tadaynaaa ʹinnaaa ʹiẓal laminaz̤̣ z̤̣aalimeen.
ދެންފަހެ އެދެމީހުންނަށް (އެބަހީ ހުވައިކުރި ދެމީހުންނަށް) ފާފަ حقّ ވެއްޖެކަމުގައި ސާބިތުވެ ފައުޅުވެއްޖެއްޔާ، (އެބަހީ: އެދެމީހުން خيانة ތެރިވެ ދޮގުހުވައިކުރިކަން ސާބިތުވެއްޖެއްޔާ) ميّت އާގެ ގާތްމީހުންކުރެ އެ وصيّة حقّ ވާމީހުންގެތެރެއިން ދެމީހުން (ކުރީދެމީހުން ދޮގުހެދިކަމުގައި) ﷲ ގަންދީ ހުވައިކުރާށެވެ! އެދެމީހުންގެ ހުވައިގައި ތިމާމެންގެ ހުވައި އެދެމީހުންގެ ހުވަޔަށްވުރެ މާ حقّ ކަންބޮޑުކަމާއި އަދި ތިމާމެން ތިމާމެންގެ ހުވައިގައި ހައްދުފަހަނަޅައި ނުދާކަމަށް ހުވައިކުރާނީއެވެ. އެހެންވެއްޖާ އެބަހީ އަނިޔާވެރިވެ ހައްދުފަހަނަޅައިގަތްނަމަ ހަމަކަށަވަރުން އަހުރެމެންވާހުށީ ކަނޑައެޅިގެން އަނިޔާވެރިންކަމުގައެވެ.
-
5:108
ذَٰلِكَ أَدْنَىٰٓ أَن يَأْتُوا۟ بِٱلشَّهَـٰدَةِ عَلَىٰ وَجْهِهَآ أَوْ يَخَافُوٓا۟ أَن تُرَدَّ أَيْمَـٰنٌۢ بَعْدَ أَيْمَـٰنِهِمْ ۗ وَٱتَّقُوا۟ ٱللَّهَ وَٱسْمَعُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ
Ẓaalika ʹadnaaa ʹañy yaʹtoo bishshahaadati ʻalaa wajhihaaa ʹaw yakhaafooo ʹañ turadda ʹaymaanum baʻda ʹaymaanihim. Wattaq̣ul laaha wasmaʻoo: wallaahu laa- yahdil q̣awmal faasiq̣een.
އެގޮތް އެބަހީ މިއާޔަތްތަކުގައި މި بيان ވެދިޔަގޮތް އެފަދަ މައްސަލައިގައި ހެކިދިނުމާއި ހުވައި އޭގެ ސީދާތެދުގޮތުގައި قائم ވުން ގާތްކަންބޮޑެވެ. ނުވަތަ ކުރީ ހުވައިކުރި މީހުން ހުވައިކުރުމަށްފަހު އަލުން (ميّت އާގެ ވާރުތަވެރިންނަށް) ހުވައި ރައްދުވެދާނެކަމުގެ ބިރުގަތުން ކުޑަވާނެއެވެ. (އޭރުން އެފަދަދޮގު ހުވައިކުރުމުން ތިމާމެން فضيحة ވެދާނެކަމަށް ދޮގުހުވައި ނުކުރުންގާތެވެ. والله أعلم) އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! (އަދި އެކަލާނގެ ކަލޭމެންނަށް އަންގަވާ أمر ފުޅުތަކާއި وعظ نصيحة) ކަލޭމެން އަހާށެވެ! އަދި فاسق ވީ މީސްތަކުންނަށް ﷲ ތެދުމަގު ނުދައްކަވައެވެ. • ދަންނައެވެ. 106 ން 108 އަށް މިވާ ތިން އާޔަތުގައި މިވަނީ تَمِيْمُ الدَّرى އާއި (رضى ﷲ عنه) އަދި عَدِىّ بن بَدَّاء އާއި ދެކަލުން އިސްލާމްވެވަޑައިގެންނެވުމުގެކުރިން ކުރެއްވި ވިޔަފާރިދަތުރެއްގައި އެކީގައިދިޔަ އެހެންމީހަކު މަރަށް حاضر ވިހިނދު އޭނާކުރި وصيّة ގެ خبر އާއި އެޔާބެހޭގޮތުން އޮތް ވާހަކަތަކެއްކަމުގައި صحيح البخارى ގެ 278 ވަނަ حديث ގެ شرح ލިއުއްވަމުން الحافظ ابن حَجَزَ فَتْحُ البَارِىގައި ލިއުއްވާފައިވެއެވެ. މަރުވިމީހާ މަރުވުމުގެކުރިން އޭނާގެ وصية ލިޔެ އޭނާގެ މުދަލުގެތެރޭ ރައްކާކޮށްފާވެއެވެ. ދެން ކައިރީގައިތިބި ދެމީހުންނަށް وصيّة ކޮށް އޭނާގެ ވާރުތަވެރިންނަށް އެތަކެތި ގެންގޮސްދިނުމަށް حوال ކުރިއެވެ. ނަމަވެސް އެދެމީހުން އޭގެތެރެއިން ވަރަށްއަގުބޮޑު އެއްޗެއް ނަގާ ވިއްކާލާ ބޭނުންކޮށް ބާކީ ހުރިތަކެތި ވާރުތަވެރިންނަށް ގެންގޮސް ދިނުމުން އެމީހުން އެތަކެތި ބަލާހެދުމުގެތެރޭގައި އެ وصيّة ފެނި އެއިން އެއްޗެއް މަދުކަން އެނގި އެމައްސަލަ رسول ﷲ ﷺ ގެ އަރިހަށް އުފުލުމުން އެދެމީހުން ގެނެސް އެމީހުންގެ ހެކިބަސް ތެދުކަމުގައި ހުވައިވެސްކުރިއެވެ. ނަމަވެސް ވާރުތަވެރިންގެފަރާތުން އެއީ ދޮގުކަމުގައި ދެންނެވުމުން ވާރުތަވެރިންގެ ފަރާތުން އެދެމީހުންހެދީ ދޮގުކަމުގައި ހުވައިކުރުވީއެވެ. މިތިން އާޔަތުގައި އެވަނީ އެޔާބެހޭ ވާހަކައެވެ. والله أعلم.
-
5:109
۞ يَوْمَ يَجْمَعُ ٱللَّهُ ٱلرُّسُلَ فَيَقُولُ مَاذَآ أُجِبْتُمْ ۖ قَالُوا۟ لَا عِلْمَ لَنَآ ۖ إِنَّكَ أَنتَ عَلَّـٰمُ ٱلْغُيُوبِ
Yawma yajmaʻul laahur rusula fayaq̣oolu maa-ẓaaa ʹujibtum? Q̣aaloo laa- ʻilma lanaa: innaka ʹAñta ʻAllaamul g̣uyoob.
ﷲ تعالى رسول ބޭކަލުން ޖަމާކުރައްވާދުވަހު އެބަހީ: قيامة ދުވަހު (އެދުވަހާއިމެދު ބިރުވެތިވާށެވެ!) ފަހެ އެބޭކަލުންނަށް އެކަލާނގެ وحي ކުރައްވާނެތެވެ. ތިޔަބޭކަލުންނަށް ޖަވާބުދެއްވުނީ ކިހިނަކުންތޯއެވެ؟ (އެބަހީ رسول ކަމަށް ގޮވައިލެއްވުމުން أمّة ގެފަރާތުން ލިބިވަޑައިގަތީ ކޮންޖަވާބެއްތޯއެވެ؟ އެބޭކަލުން ދަންނަވާނެއެވެ. އަޅަމެނަކަށް އޭގެ އެނގުމެއްނުވެއެވެ. (އެއީ ބިރުފުޅުގެބޮޑުކަމުން އެބޭކަލުންނަށް ދެންނެވުނު ޖަވާބެއްކަމަށް ބައެއް مفسّر ން ވިދާޅުވެއެވެ.) ހަމަކަށަވަރުން އިބަރަސްކަލާނގެއީ غيب ތައް ދެނެވޮޑިގަތުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
5:110
إِذْ قَالَ ٱللَّهُ يَـٰعِيسَى ٱبْنَ مَرْيَمَ ٱذْكُرْ نِعْمَتِى عَلَيْكَ وَعَلَىٰ وَٰلِدَتِكَ إِذْ أَيَّدتُّكَ بِرُوحِ ٱلْقُدُسِ تُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ بِإِذْنِى فَتَنفُخُ فِيهَا فَتَكُونُ طَيْرًۢا بِإِذْنِى ۖ وَتُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ بِإِذْنِى ۖ وَإِذْ تُخْرِجُ ٱلْمَوْتَىٰ بِإِذْنِى ۖ وَإِذْ كَفَفْتُ بَنِىٓ إِسْرَٰٓءِيلَ عَنكَ إِذْ جِئْتَهُم بِٱلْبَيِّنَـٰتِ فَقَالَ ٱلَّذِينَ كَفَرُوا۟ مِنْهُمْ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ
ʹIẓ q̣aalal laahu yaa-ʻEesab na Maryamaẓ kur niʻmatee ʻalayka wa-ʻalaa waalidatik. ʹIẓ ʹayyattuka birooḥil q̣udus. Tukallimun naasa fil mahdi wa-kahlaa. Wa-ʹiẓ ʻallamtukal Kitaaba wal-Ḥikmata wat-Tawraata wal-ʹIñjeel. Wa-ʹiẓ takhluq̣u minaṭ ṭeeni kahayʹatiṭ ṭayri biʹiẓnee fatañfukhu feehaa fatakoonu ṭayram biʹiẓnee wa-tubriʹul ʹakmaha wal-ʹabraṣa biʹiẓnee. Wa-ʹiẓ tukhrijul mawtaa biʹiẓnee. Wa-ʹiz kafaftu Baneee ʹIsraaaʹeela ʻañka ʹiẓ jiʹtahum̃ bil-bayyinaati faq̣aalal laẓeena kafaroo minhum ʹin haaẓaaa ʹillaa siḥrum mubeen.
مريم ގެފާނުންގެދަރިކަލުން عيسى عليه السّلام އަށް ﷲ وحي ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) ކަލޭގެފާނުންގެ މައްޗަށާއި ކަލޭގެފާނުންގެ މަންމާފުޅުގެމައްޗަށްވާ ތިމަންރަސްކަލާނގެލެއްވި نعمة ކަލޭގެފާނު ހަނދުމަފުޅުކުރައްވާށެވެ! އެއީ روح القُدس މެދުވެރިކުރައްވައި - (جبريل عليه السّلام) މެދުވެރިކުރައްވައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގަދަކޮށްދެއްވާ ސާބިތުކޮށްދެއްވިހިނދުގައެވެ. ކަލޭގެފާނު ހަމަ ވިހޭތާ ތަންމަތީގައިވާ ކުޑަކުއްޖަކުކަމުގައިވީ حال ކޮޅުގައްޔާއި އަދި ބޮޑުފިރިހެނަކުކަމުގައިވާ حال ކޮޅު މީސްތަކުންނާ ވާހަކަފުޅު ދެއްކެވީމުއެވެ. (އެއީ ކަލޭގެފާނުންގެމައްޗަށްވާ ތިމަންރަސްކަލާނގެ نعمة އެވެ.) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް އަތްޕުޅުންލިއުއްވުމާއި ގަދަވިސްނުންފުޅާއި توراة އާއި އަދި إنجيل އުގަންނަވައިދެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ! އެއީ ކަލޭގެފާނަށްވާ ތިމަންރަސްކަލާނގެ نعمة އެވެ.) އަދި ކަލޭގެފާނު މަށިން ދޫންޏެއްގެ ސިފައިގާ ހަދާފާ ތިމަންރަސްކަލާނގެ އިޒުނަފުޅަށް އެއަށް ކަލޭގެފާނު ފުމެލެއްވުމުން ހަމަ ދޫންޏަކަށްވެދެއެއެވެ. (އެއީ ކަލޭގެފާނަށްވާ ތިމަންރަސްކަލާނގެ نعمة އެވެ.) އަދި އެއްގޮތަކަށް ލޮލުގެ އަލިކަން ނެތްމީހުންނަށާއި ބަރޮސްބަލިޖެހިފައިވާމީހުންނަށް ތިމަންރަސްކަލާނގެ އިޒުނަފުޅުން ކަލޭގެފާނު ފަސޭހަކޮށްދެއްވުމެވެ. އަދި މަރުވެފައިވާމީހުން ދިރިގެން ކައްވަޅުތަކުން ތިމަންރަސްކަލާނގެ އިޒުނަފުޅަށް ކަލޭގެފާނު ނެރުއްވަމުއެވެ. އަދި بني إسرائيل ގެ ގެގާތަށް ކަލޭގެފާނު ބަޔާންވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވުމުން (އެމީހުން ކަލޭގެފާނު އަވަހާރަކޮށްލުމަށް قصد ކުރިހިނދު) ކަލޭގެފާނުގެ ކިބައިން بني إسرائيل ން ތިމަންރަސްކަލާނގެ دفاع ކޮށްދެއްވާ ދުރުކޮށްދެއްވީމެވެ. ދެން ފަހެ ކާފަރުންގެމީހުން ބުނީ މިއީ ހަމަ بيان ވެގެންވާ سحر އެއްކަމުގައި މެނުވީ ނުވެއެވެ. (އެބަހީ عيسى عليه السّلام ގެންނެވި معجزات ތަކަކީ ބަޔާންވެގެންވާ سحر އެކެވެ.)
-
5:111
وَإِذْ أَوْحَيْتُ إِلَى ٱلْحَوَارِيِّـۧنَ أَنْ ءَامِنُوا۟ بِى وَبِرَسُولِى قَالُوٓا۟ ءَامَنَّا وَٱشْهَدْ بِأَنَّنَا مُسْلِمُونَ
Wa-ʹiẓ ʹawḥaytu ʹilal Ḥawaariyyeena ʹan ʹaaminoo bee wa-bi-Rasoolee: q̣aalooo ʹaamannaa washhad biʹannanaa Muslimoon.
އަދި حَوَارىُّ ންނަށް ތިމަންރަސްކަލާނގެއަށާއި އަދި ތިމަންރަސްކަލާނގެ رسول އާއަށް ކަލޭމެން އީމާންވާށޭ وحي ކުރެއްވުމުން އެމީހުން ދެންނެވިއެވެ. އަޅަމެން އީމާންވެއްޖައީމެވެ. އަދި ހަމަކަށަވަރުން އަޅަމެން ކިޔަމަންތެރިވެގެންވާކަމުގައި އިބަރަސްކަލާނގެ ހެކިވެވޮޑިގަންނަވާށެވެ!
-
5:112
إِذْ قَالَ ٱلْحَوَارِيُّونَ يَـٰعِيسَى ٱبْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ ۖ قَالَ ٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ
ʹIẓ q̣aalal Ḥawaariyyoona yaa-ʻEesab na Maryama hal yastaṭeeʻu Rabbuka ʹañy yunazzila ʻalaynaa maaaʹidatam minas samaaaʹ? Q̣aalat taq̣ul laaha ʹiñ kuñtum Muʹmineen.
(عيسى عليه السّلام ގެ أصحاب ން) ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އޭ مَرْيَم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام އެވެ!) އަޅުގަނޑުމެންނަށް އުޑުން ކާނާދޮލަނގެއް ބާވައިލެއްވުމަށް ކަލޭގެފާނުންގެ رَبّ އަށް ކުޅަދުންވަންތަވެވޮޑިގެންވޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންނަކީ مؤمن ންކަމުގައިވަންޏާ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ!
-
5:113
قَالُوا۟ نُرِيدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ ٱلشَّـٰهِدِينَ
Q̣aaloo nureedu ʹan naʹkula minhaa wa-taṭmaʹinna q̣uloobunaa wa-naʻlama ʹañ q̣ad ṣadaq̣tanaa wa-nakoona ʻalayhaa minash shaahideen.
އެމީހުން ދެންނެވިއެވެ. އަޅުގަނޑުމެން އެދެނީ އެއިން އަޅުގަނޑުމެން ކެއުމާއި އަދި އަޅުގަނޑުމެންގެ ހިތްތައް ހަމަޖެހުމާއި އަދި ކަލޭގެފާނު އަޅުގަނޑުމެން ތެދުކުރައްވައިފިކަން އަޅުގަނޑުމެންނަށް އެނގުމާއި އަދި އެކަމުގެމައްޗަށް ހެކިދޭބަޔަކުކަމުގައި އަޅުގަނޑުމެންވުމަށެވެ.
-
5:114
قَالَ عِيسَى ٱبْنُ مَرْيَمَ ٱللَّهُمَّ رَبَّنَآ أَنزِلْ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَءَاخِرِنَا وَءَايَةً مِّنكَ ۖ وَٱرْزُقْنَا وَأَنتَ خَيْرُ ٱلرَّٰزِقِينَ
Q̣aala ʻEesab nu Maryamal laahumma Rabbanaa ʹañzil ʻalaynaa MaaaʹIdatam minas Samaaʹi takoonu lanaa ʻeedal liʹawwalinaa wa-ʹaakhirinaa wa-ʹAayatam miñka warzuq̣naa wa-ʹAñta Khayrur raaziq̣een.
مريم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) ދެންނެވިއެވެ. އޭ އަޅަމެންގެ رَبّ، މަތިވެރި ﷲ އެވެ! އަޅަމެންނަށް އުޑުން ކާތަކެތީކެ ދޮލަނގެއް ބާވައިލައްވާނދޭވެ! އެއީ އަޅަމެންގެ ކުރީގެ މީހުންނާއި އަދި ފަހުގެ މީހުންނަށްވާ عيد އެއްގެގޮތުންނެވެ. (އެބަހީ މިހާރުތިބިމީހުންނަށާއި ފަހުން އަންނަ ބަޔަކަށްވެސް عيدއެއްގެގޮތުންނާއި އަދި އިބަރަސްކަލާނގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަ ކަމުގެ މައްޗަށްވާ دليل އެއްގެ ގޮތުންނެވެ. އަދި އިބަރަސްކަލާނގެ އަޅަމެންނަށް ރިޒުގުދެއްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި ރިޒުގުދެއްވާ ކަލާނގެއެވެ.
-
5:115
قَالَ ٱللَّهُ إِنِّى مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّىٓ أُعَذِّبُهُۥ عَذَابًا لَّآ أُعَذِّبُهُۥٓ أَحَدًا مِّنَ ٱلْعَـٰلَمِينَ
Q̣aalal laahu ʹinnee munazziluha ʻalaykum. Famañy yakfur baʻdu miñkum faʹinneee ʹuʻaẓẓibuhoo ʻaẓaabal laaa ʹuʻaẓẓibuhooo ʹaḥadam minal ʻaalameen.
ﷲ تعالى وحي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަލޭމެންގެމައްޗަށް އެދޮލަނގު ބާވައިލައްވާނޭ ކަލާނގެއެވެ. ދެންފަހެ އެއަށްފަހު (އެބަހީ އެދޮލަނގު ބާވައިލެއްވުމަށްފަހު) ކަލޭމެންކުރެ ކާފަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ ހަމަކަށަވަރުން އެމީހަކަށް މުޅި عَالم ތަކުގެ އެކަކަށްވެސް ތިމަންރަސްކަލާނގެ عذاب ނުދެއްވާ ވަރަށް (އެހާގަދަ عذاب ން) عذاب ދެއްވާހުށީމެވެ.
-
5:116
وَإِذْ قَالَ ٱللَّهُ يَـٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَـٰهَيْنِ مِن دُونِ ٱللَّهِ ۖ قَالَ سُبْحَـٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّـٰمُ ٱلْغُيُوبِ
Wa-ʹiẓ q̣aalal laahu yaa-ʻEesab na Maryama ʹaʹañta q̣ulta linnaasit takhiẓoonee wa-ʹummiya ʹilaahayni miñ doonil laah? Q̣aala Subḥaanaka maa yakoonu leee ʹan ʹaq̣oola maa- laysa lee biḥaq̣q̣. ʹIñ kuñtu q̣ultuhoo faq̣ad ʻalimtah. Taʻlamu maa- fee nafsee wa-laaa ʹaʻlamu maa- fee nafsik. ʹInnaka ʹAñta ʻAllaamul g̣uyoob.
އަދި ﷲ تعالى وحي ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ وحي ކުރެއްވިއެވެ. އޭ مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام އެވެ! މީސްތަކުންގެގާތުގައި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުންގެ މަންމާފުޅު އެއީ ﷲ ފިޔަވައި ދެ إله ންކަމުގައި ކަލޭމެން ހިފާ إختيار ކުރާށޭ ވިދާޅުވީ ކަލޭގެފާނުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. މިއަޅާއަށް އެއްވެސް حقّ އެއް ނުވާކަމެއްގެ ވާހަކަ މީސްތަކުންނަށް ބުނުމަކީ އެއްގޮތަކަށްވެސް މިއަޅާއަށް ހުއްދަވާނޭކަމެއްނޫނެވެ. މިއަޅާ އެފަދަ އެއްޗެއްބުނިނަމަވެސް ހަމަކަށަވަރުން އިބަރަސްކަލާނގެ އެއެއްޗެއް ދެނެވޮޑިގެންވެއެވެ. މިއަޅާގެ نفس ގައި ވާނަމަވާހާކަމެއް އިބަރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އިބަރަސްކަލާނގެ ذات ފުޅުގައިވާ އެއްވެސް ކަމެއް މިއަޅާއަކަށް ނޭނގެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ غيب ތައް ދެނެވޮޑިގަތުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
5:117
مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ
Maa- q̣ultu lahum ʹillaa maaa ʹamartanee biheee ʹaniʻ budul laaha rabbee wa-Rabbakum; wa-kuntu ʻalayhim shaheedam maa dumtu feehim. Falammaa tawaffaytanee kuñta ʹAntar Raq̣eeba ʻalayhim: wa-ʹAñta ʻalaa kulli shayʹiñ Shaheed.
އިބަރަސްކަލާނގެ އެކަމަކަށް މިއަޅާއަށް أمر ކުރެއްވިކަމެއްމެނުވީ މިއަޅާ އެމީހުންނަށް ނާންގަމެވެ. ނުބުނަމެވެ. (އެމީހުންނަށް ބުނީ އިބަރަސްކަލާނގެ އެންގެވި أمر ފުޅެވެ. އެއީ) ކަލޭމެން ﷲ އަށް އެކަނި އަޅުކަންކުރާށެވެ! އެއީ ތިމަންކަލޭގެފާނާއި ކަލޭމެންގެވެރި ربّ އެވެ. (މިހެންނެވެ.) އަދި މިއަޅާ އެމީހުންގެތެރޭގައި ވީހިނދު މިއަޅާވީ އެމީހުންގެމައްޗަށް ހެކިވެރިކަމުގައި حاضر ވެގެންނެވެ. ދެންފަހެ އިބަރަސްކަލާނގެ މިއަޅާ މަރުގެންނެވުމުން އެމީހުންގެ ކަންތައް ބައްލަވާ ރައްކާތެރިކުރައްވާ رَقِيْب އަކުކަމުގައި ވޮޑިގެންވީ ހަމަ އިބަރަސްކަލާނގެއެވެ. އަދި އިބަރަސްކަލާނގެ ހުރިހާކަމެއްގެމައްޗަށް ހެކިވެވޮޑިގެންވެއެވެ.
-
5:118
إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ
ʹIñ tuʻaẓẓibhum faʹinnahum ʻibaaduk; wa-ʹiñ tag̣fir lahum faʹinnaka ʹAñtal ʻAzeezul Ḥakeem.
އިބަރަސްކަލާނގެ އެމީހުންނަށް عذاب ދެއްވިނަމަވެސް (އެއީވެސް ހަމަ حقّ އެވެ.) އަދި އިބަރަސްކަލާނގެ އެމީހުންނަށް ފާފަފުއްސެވިއްޔާވެސް (އެއީ އިބަރަސްކަލާނގެ رحمة އާއި فضل ވަންތަކަމެވެ.) ހަމަކަށަވަރުން އެއީވެސް އިބަރަސްކަލާނގެ އަޅުންނެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ عزّة ވަންތަ (އެބަހީ: ގަދަފަދަވަންތަ) حكمة ވަންތަ ކަލާނގެއެވެ.
-
5:119
قَالَ ٱللَّهُ هَـٰذَا يَوْمُ يَنفَعُ ٱلصَّـٰدِقِينَ صِدْقُهُمْ ۚ لَهُمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
Q̣aalal laahu haaẓaa yawmu yañfaʻuṣ Ṣaadiq̣eena Ṣidq̣uhum; lahum jannaatuñ tajree miñ taḥ-tihal ʹanhaaru khaalideena feehaaa ʹabadaa: Raḍiyal laahu ʻanhum wa-raḍoo ʻanh: Ẓaalikal Fawzul ʻaz̤̣eem.
ﷲ تعالى وحي ކުރެއްވިއެވެ. (އެބަހީ: قيامة ދުވަހުން ﷲ وحي ކުރައްވާނެއެވެ.) މިއަދަކީ ތެދުވެރިންނަށް އެމީހުންގެ ތެދުވެރިކަން އެމީހުންނަށް مَنْفَعَ ކޮށްދޭނޭ ދުވަހެވެ. އެމީހުންނަށް އެދުވަހުން ހުރީ އެތަންތާނގެދަށުން އާރުތައްދެމޭ ބަގީޗާތަކާއި (އެބަހީ: ސުވަރުގެތަކާއި) އެތާނގެ نعمة އެވެ. އެމީހުން ދާއިމީގޮތެއްގައި އެތާ ދެމިތިބޭނޭގޮތުންނެވެ. އަދި އެމީހުންނަށް ﷲ ރުއްސުންލައްވައި އަދި އެމީހުންވެސް ﷲ އަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.
-
5:120
لِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا فِيهِنَّ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌۢ
Lillaahi mulkus samaawaati wal-ʹarḍi wa-maa feehinn: wa-Huwa ʻalaa kulli shayʹiñ Q̣adeer.
އުޑުތަކާއި ބިމުގެ މުޅިވެރިކަމާއި އަދި އެތަންތާނގައިވާހާއެއްޗެއް خاصّ ވެ މިލްކުވެގެންވަނީ ހަމަ ﷲ އަށެވެ. (ކަލޭމެން ތިޔަހީކުރާގޮތަކަށް عيسى عليه السّلام އަށާއި އެކަލޭގެފާނުންގެ މަންމާފުޅަކަށް އަދި އެހެން އެއްވެސް مخلوق އަކަށް ނޫނެވެ.) އަދި އެކަލާނގެ ހުރިހާކަމެއްގެމައްޗަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
Surah Al-An'amBegins here at 6:1
-
6:1
ٱلْحَمْدُ لِلَّهِ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَجَعَلَ ٱلظُّلُمَـٰتِ وَٱلنُّورَ ۖ ثُمَّ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ يَعْدِلُونَ
ʹAl-Ḥamdu lillaahil laẓee khalaq̣as Samaawaati wal-ʹarḍa wa-jaʻalaz̤̣ z̤̣u-lu-maa-ti wan-Noor. S̤ummal laẓeena kafaroo bi-Rabbihim yaʻdiloon.
އެންމެހައި حمد އާއި تعريف އާއި ثناء އެއް خاصّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. އަދި އަނދިރިކަމާއި އަލިކަން އެކަލާނގެ ލެއްވިއެވެ. (އެއީ ރޭގަނޑުގެ އަނދިރިކަމާއި ދުވާލުގެ އަލިކަން ނުވަތަ ޖާހިލުކަމުގެ އަނދިރިކަމާއި އީމާންކަމުގެ އަލިކަން.) ދެން (މިފަދަ ބޮޑު ކުޅަދުންވަންތަ އެއްކައުވަންތަ ﷲ އަށް) يعني: އެމީހުންގެ رَبّ އަށް ކާފަރުންގެ މީހުން شريك ކޮށް ބައިވެރިކޮށް އެހެނިހެން ފަރަތްތަކާއި ހަމަހަމަކުރަނީއެވެ.
-
6:2
هُوَ ٱلَّذِى خَلَقَكُم مِّن طِينٍ ثُمَّ قَضَىٰٓ أَجَلًا ۖ وَأَجَلٌ مُّسَمًّى عِندَهُۥ ۖ ثُمَّ أَنتُمْ تَمْتَرُونَ
Huwal laẓee khalaq̣akum miñ ṭeeniñ s̤umma q̣aḍaaa ʹajalaa. Wa-ʹajalum Musamman ʻiñdahoo s̤umma ʹañtum tamtaroon!
ކަލޭމެން މަށީން ހެއްދެވީ ހަމަ އެކަލާނގެއެވެ. (އެބަހީ: آدم ގެދަރިންގެ ބައްޕަ آدم عليه السّلام ހެއްދެވުނީ މަށީންނެވެ.) ދެން އެކަލާނގެ މުއްދަތެއް ކަނޑައެޅުއްވިއެވެ. (އެއީ ދުނިޔޭގެ حياة ގެ مدّة އެވެ. އެއީ ހެއްދެވުމަށްފަހު މަރުވަންދެންނެވެ.) އަދި އެކަލާނގެ حضرة ގައި ނަންކިއިގެންވާ مدّة އެއް ނިޔާކުރެއްވިއެވެ. އެއީ آخرة އެވެ. މަރުވުމަށްފަހު قيامة އަށް ފޮނުއްވުމެވެ. ދެންވެސް ކަލޭމެން (އެކަލާނގެ قدرة ތެރިކަމާއިމެދު) ޝައްކުކުރަނީއެވެ.
-
6:3
وَهُوَ ٱللَّهُ فِى ٱلسَّمَـٰوَٰتِ وَفِى ٱلْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ
Wa-Huwal laahu fis samaawaati wa-fil ʹarḍ? Yaʻlamu sirrakum wa-jahrakum wayaʻlamu maa- taksiboon.
އަދި ﷲ އެއީ އުޑުތަކާއި އަދި ބިމުގެ مَعْيُود އެވެ. އަދި އެތަންތާނގެ مالك އެވެ. ވެރިޔާއެވެ. ކަލޭމެންގެ ސިއްރާއި ފައުޅު އެކަލާނގެ ދެނެވޮޑިގަންނަވައެވެ. (ސިއްރުން ދައްކާ ވާހަކައާއި ކުރާކަންތައްތައް އަދި ފައުޅުކޮށް އަޑުހަރުކޮށް ދައްކާ ވާހަކަތަކާއި ކަންތައްތައް އެކަލާނގެ ދެނެވޮޑިގަންނަވައެވެ.) އަދި ކަލޭމެންކުރާހާކަމެއް އެކަލާނގެ ދެނެވޮޑިގަންނަވައެވެ.
-
6:4
وَمَا تَأْتِيهِم مِّنْ ءَايَةٍ مِّنْ ءَايَـٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ
Wa-maa taʹteehim min ʹAayaati Min ʹAayatim Rabbihim ʹillaa kaanoo ʻanhaa muʻriḍeen.
އަދި އެމީހުންގާތަށް (އެބަހީ: ކާފަރުންގެ ގާތަށް އެމީހުންގެ رَبُّ ގެ އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ އަދި محمّد ﷺ ގެ ނަބީކަމުގެމައްޗަށް دليل ކުރާ) دليل ތަކުގެތެރެއިން އެއްވެސް دليل އެއް، حجّة އެއް އަތުވެއްޖެއްޔާ އެމީހުން އެޔާ ފުރަގަސްދީ ގެން މެނުވީ ނުވެއެވެ. (އެބަހީ: އެއިން އެއްވެސް دليل އެއް قبول އެއް ނުކުރެއެވެ.)
-
6:5
فَقَدْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ ۖ فَسَوْفَ يَأْتِيهِمْ أَنۢبَـٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Faq̣ad kaẓẓaboo bil-Ḥaq̣q̣i lammaa jaaaʹahum: fasawfa yaʹteehim ʹambaaaʹu maa- kaanoo bihee yas-tahziʹoon.
އަދި ހަމަކަށަވަރުން އެމީހުންގެގާތަށް حقُّ އައިހިނދުން (އެބަހީ: قرآن އައިހިނދުން ނުވަތަ محمّد ﷺ ވަޑައިގެންނެވިހިނދުން) އެމީހުން އެ حقُّ ދޮގުކޮށްފިއެވެ. އެމީހުން އެ އެއްޗަކަށް އެމަލާމާތްކުރާ ކަންތަކުގެ خبر ނިކަންހުރެ އެމީހުންގާތަށް އަންނަހުއްޓެވެ.
-
6:6
أَلَمْ يَرَوْا۟ كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ مَّكَّنَّـٰهُمْ فِى ٱلْأَرْضِ مَا لَمْ نُمَكِّن لَّكُمْ وَأَرْسَلْنَا ٱلسَّمَآءَ عَلَيْهِم مِّدْرَارًا وَجَعَلْنَا ٱلْأَنْهَـٰرَ تَجْرِى مِن تَحْتِهِمْ فَأَهْلَكْنَـٰهُم بِذُنُوبِهِمْ وَأَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ
ʹAlam yaraw kam ʹahlaknaa miñ q̣ablihim miñ q̣arnim makkannaahum fil ʹarḍi maa- lam numakkil lakum wa-ʹarsalnas samaaaʹa ʻalayhim midraaraa, wa-jaʻalnal ʹanhaara tajree miñ taḥ-tihim faʹahlaknaahum biẓunoobihim wa-ʹañshaʹnaa mim baʻdihim q̣arnan ʹaakhareen.
އެމީހުންގެކުރިން (އެބަހީ: مكّة ގެ مشرك ންގެކުރިން) ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރައްވާފައިވާކަން އެމީހުންނަށް ނޭނގޭބާވައެވެ؟ (އެމީހުންގެ އަސަރުތައް ނުދެކެނީބާވައެވެ؟) އަދި އޭ މިތިބަ مشرك ންނޭވެ. ތިމަންރަސްކަލާނގެ ކަލޭމެނަށް ނުދެއްވާތަކެތިވެސް އެމީހުންނަށް ދެއްވައި އެމީހުން ބިމުގައި ހަމަޖައްސައިދިނީމެވެ. އަދި އެމީހުންގެމައްޗަށް ބޯވާރޭވެއްސަވައި އަދި އެމީހުންގެ ގަސްތަކުގެދަށުން ފެންއާރުތައް ތިމަންރަސްކަލާނގެ ހިންގެވީމެވެ. ދެންފަހެ އެމީހުން (އެމީހުންގެ رسول ންދޮގުކޮށް އީމާން ނުވިހިނދުން) އެމީހުންގެ ފާފައިގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. އަދި އެމީހުންގެފަހުން ތިމަންރަސްކަލާނގެ އެހެން قرن އެއް އުފެއްދެވީމެވެ.
-
6:7
وَلَوْ نَزَّلْنَا عَلَيْكَ كِتَـٰبًا فِى قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ
Wa-law nazzalnaa ʻalayka Kitaabañ fee q̣irṭaasiñ falamasoohu biʹaydeehim laq̣aalal laẓeena kafarooo ʹin haaẓaaa ʹillaa siḥrum mubeen.
(އޭ رسول ﷲ އެވެ!) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެމައްޗަށް ކަރުދާހުގައި ލިޔެވިގެންވާ ފޮތެއް ބާވައިލެއްވިނަމަވެސް ދެން އެފޮތުގައި އެކާފަރުންގެ އަތްތަކުން ބީހުމަށްފަހު އެކާފަރުން ހަމަކަށަވަރުން ބުނާނެއެވެ. މިއީ ހަމަ ބަޔާންވެގެންވާ سحر އެއްކަމުގައިމެނުވީ ނުވެއެވެ.
-
6:8
وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ مَلَكٌ ۖ وَلَوْ أَنزَلْنَا مَلَكًا لَّقُضِىَ ٱلْأَمْرُ ثُمَّ لَا يُنظَرُونَ
Wa-q̣aaloo Laaa-law ʹuñzila ʻalayhi malak? Wa-law ʹañzalnaa malakal laq̣uḍiyal ʹamru s̤umma laa- yuñz̤̣aroon.
އަދި އެމީހުން ބުންޏެވެ. އެކަލޭގެފާނުންގެމައްޗަށް މަލާއިކަތްބޭކަލަކުފޮނުއްވާނޭނަމައެވެ. ނުވަތަ (އެކަލޭގެފާނުންގެ نبي ކަން ތެދުކަން بيان ކޮށްދެއްވުމަށް އެކަލޭގެފާނުންގެ އަރިހުގައި މަލާއިކަތް ބޭކަލަކުނުފޮނުއްވީ ކީއްވެގެންހެއްޔެވެ؟ އޭގެ ޖަވާބުގައި ﷲ وحي ކުރައްވައެވެ.) ތިމަންރަސްކަލާނގެ މަލާއިކަތްބޭކަލަކު ފޮނުއްވިނަމަ ހަމަކަށަވަރުން ކަންތައްވެ ނިމުނީހެވެ.
-
6:9
وَلَوْ جَعَلْنَـٰهُ مَلَكًا لَّجَعَلْنَـٰهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ
Wa-law jaʻalnaahu malakal lajaʻalnaahu rajulañw wa-la-labasnaa ʻalayhim maa yalbisoon.
އަދި ތިމަންރަސްކަލާނގެ ފޮނުއްވާ رسول އެއީ ملائكة ބޭކަލަކު ކަމުގައި ލެއްވިނަމަ ހަމަކަށަވަރުން އެ ملائكة ބޭކަލަކުވެސް ލެއްވީހީ ފިރިހެނަކު ކަމުގައެވެ. ފިރިހެނެއްގެ ސިފައިގައެވެ. އަދި ކަނޑައެޅިގެން އެމީހުންނަށް އެއޮޅޭކަންތައް ވަކިން ބޮޑަށް ތިމަންރަސްކަލާނގެ އެމީހުންނަށް އޮޅުވައިލައްވައިފީހެވެ.
-
6:10
وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Wa-laq̣adis tuhziʹa birusulim miñ q̣ablika faḥaaq̣a billaẓeena sakhiroo minhum maa kaanoo bihee yastahziʹoon.
(އޭ رسول ﷲ އެވެ!) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެކުރިން ވަޑައިގެންނެވި رسول ބޭކަލުންނަށް ވެސް މަލާމާތްކުރެވުނެވެ. (އެބަހީ: އެ أمّة ތަކުގެ أهل ވެރިން އެބައެއްގެ ގާތަށް ފޮނުވުނު رسول އާއަށް މަލާމާތްކޮށް ފުރައްސާރަކުރިއެވެ.) ދެންފަހެ އެމީހުންގެތެރެއިން رسول ންނަށް މަލާމާތްކުރިމީހުން އެމީހުން އެކަމަކާމެދު މަލާމާތްކޮށް ފުރައްސާރަކުރި ތަކެތި އެބަހީ عذاب އެމީހުން ލާވަށައިލައިފިއެވެ.
-
6:11
قُلْ سِيرُوا۟ فِى ٱلْأَرْضِ ثُمَّ ٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ
Q̣ul seeroo fil ʹarḍi s̤ummañ z̤̣uroo kayfa kaana ʻaaq̣ibatul mukaẓẓibeen.
ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! (އެބަހީ: ކަލޭގެފާނު ދޮގުކުރި މީހުންނަށް ވިދާޅުވާށެވެ!) ކަލޭމެން ނިކަން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދައިބަލާށެވެ! ދެން ނިކަން ދޮގުވެރިންގެ ފަހުކޮޅު އެމީހުންގެ ނިމުންހުރީ ކިހިނެއްތޯ ނިކަން ދެކިބަލާށެވެ!
-
6:12
قُل لِّمَن مَّا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قُل لِّلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ ٱلرَّحْمَةَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ ۚ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ
Q̣ul limam maa fis samaawaati wal-ʹarḍ? Q̣ul lillaah. Kataba ʻalaa Nafsihir Raḥmah. Layajmaʻannakum ʹilaa Yawmil Q̣iyaamati laa- rayba feeh. ʹAllaẓeena khasirooo ʹañfusahum fahum laa- yuʹminoon.
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި ބިމުގައިވާހާތަކެތި ملك ވެގެންވަނީ ކާކަށްތޯ ނިކަން އެމީހުންކުރެން އައްސަވާބައްލަވާށެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަށެވެ. އެތަކެތި ملك ވެގެންވަނީ ﷲ އަށެވެ. އެކަލާނގެ އެކަލާނގެ ذات ފުޅުގެމައްޗަށް رحمة ލިއުއްވިއެވެ. (އެކަލާނގެ އަޅުތަކުންގެމައްޗަށް އެކަލާނގެ رحمة ތަނަވަސްވެގެންވެއެވެ.) އަދި ހަމަކަށަވަރުން قيامة ދުވަހަށް އެކަލާނގެ ކަލޭމެން އެއްކުރައްވާނެއެވެ. (އެއީވެސް އެކަލާނގެ رحمة އެވެ. عقوبة އަވަސް ނުކުރައްވައި توبة ވާނެ އަޅަކު توبة ވުމަށް مُهْلَة ދެއްވީއެވެ. އެއީ رحمة ގެ ތަނަވަސްކަމުގެ ތެރެއިންވާކަމެކެވެ.) އަދި އެ قيامة ދުވަހާއިމެދު އެއްވެސް ޝައްކެއްނެތެވެ. ނުވަތަ މީސްތަކުން އެއްކުރެއްވުމާއިމެދު ޝައްކެއްނެތެވެ. އަދި އެބައިމީހުން އެމީހުންގެ ނަފުސުތައް ގެއްލުމާއި ހަލާކުގެތެރެއަށްލީމީހުން ފަހެ އެމީހުން އީމާން ނުވާނެއެވެ.
-
6:13
۞ وَلَهُۥ مَا سَكَنَ فِى ٱلَّيْلِ وَٱلنَّهَارِ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
Walahoo maa- sakana fil lay-li wan-nahaar. Wa-Huwas Sameeʻul ʻAleem.
އަދި ރޭގަނޑުގައި ހަނުހިމޭންވާތަކެއްޗާއި އަދި ދުވާލު ހަނުހިމޭންވާތަކެތިވެސް خاصّ ވެ مِلْكُ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
6:14
قُلْ أَغَيْرَ ٱللَّهِ أَتَّخِذُ وَلِيًّا فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ إِنِّىٓ أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ
Q̣ul ʹag̣ayral laahi ʹattakhiẓu waliyyañ Faaṭiris samaawaati wal-ʹarḍi wa-Huwa yuṭʻimu wa-laa yuṭʻam. Q̣ul ʹinneee ʹumirtu ʹan ʹakoona ʹawwala man ʹaslama wa-laa takoonanna minal mushrikeen.
ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ނޫން އެހެންއެއްޗެއް، އެހެންފަރާތެއް ސަހަރޯވެރިއަކުކަމުގައި، وَلِىّ އަކުކަމުގައި އަހުރެން ހިފަންވީހެއްޔެވެ؟ إختيار ކުރަންވީހެއްޔެވެ؟ އެކަލާނގެއީ އުޑުތަކާއި ބިން މިސާލެއްނެތި ފުރަތަމަވެސް ހެއްދެވި ކަލާނގެއެވެ. އެކަލާނގެ (އަޅުތަކުންނަށް) ކާންދެއްވައެވެ. ރިޒުގު ދެއްވައެވެ. އަދި އެކަލާނގެއަށް ރިޒުގު ނުދެވެއެވެ. އެކަލާނގެ ފަރިއްނުކުޅުއްވައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނަށް އަމުރުވެވިގެންވަނީ އެންމެފުރަތަމަ إسلام ވީމީހާކަމުގައި ވުމަށެވެ. އަދި އެއްގޮތަކަށްވެސް مشرك ންގެތެރެއިން ވެވަޑައި ނުގެންނެވުމަށެވެ.
-
6:15
قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ
Q̣ul ʹinneee ʹakhaafu ʹin ʻaṣaytu Rabbee ʻaẓaaba Yawmin ʻAz̤̣eem.
ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން ބިރުގަންނަނީ އަހުރެންގެ رَبّ އަށް އުރެދިއްޖެއްޔާ ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށެވެ. (އަހުރެންނަށް އެ عذاب ދެއްވައިފާނެކަމަށެވެ.)
-
6:16
مَّن يُصْرَفْ عَنْهُ يَوْمَئِذٍ فَقَدْ رَحِمَهُۥ ۚ وَذَٰلِكَ ٱلْفَوْزُ ٱلْمُبِينُ
Mañy yuṣraf ʻanhu yawmaʹiẓin faq̣ad raḥimah; waẓaalikal fawzul mubeen.
އެމީހެއްގެ ކިބައިން އެދުވަހުން عذاب އަނބުރާލެވިއްޖެމީހާ ދުރުކުރެވިއްޖެމީހާ (ދަންނައެވެ!) ހަމަކަށަވަރުން އެމީހަކަށް އެކަލާނގެ رحمة ލައްވައިފިއެވެ. އަދި بيان ވެގެންވާ ނަސީބަކީ އެއީއެވެ.
-
6:17
وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Wa-ʹiñy yam-saskal laahu biḍurriñ falaa kaashifa lahooo ʹillaa Hoo: wa-ʹiñy yam-saska bikhayriñ fa-Huwa ʻalaa kulli shayʹiñ Q̣adeer.
އަދި ﷲ تعالى ކަލޭގެފާނަށް އުނދަގުލެއް - ދަތިކަމެއް ޖައްސަވައިފިއްޔާ ހަމަ އެކަލާނގެމެނުވީ އެކަން ފިއްލަވާނޭ މީހަކު ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމެއް ދެއްވައިފިއްޔާވެސް (އެކަން ކަލޭގެފާނަށް ލިބުނަނުދީ ހިފަހައްޓައިލެވޭނެ ހަމައެކަކުވެސް ނުވެއެވެ.) ފަހެ އެކަލާނގެ ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
6:18
وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ
Wa-huwal Q̣aahiru fawq̣a ʻibaadih; wa-Huwal Ḥakeemul Khabeer.
އަދި އެކަލާނގެއީ އަޅުތަކުންގެމައްޗަށް ހުރިހާގޮތަކުންވެސް ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ. (އެހެން ހުރިހާއެއްޗެއް ނިކަމެތިކުރައްވާ قَاهِر އެވެ.) އަދި އެކަލާނގެއީ حكمة ވަންތަ އަދި ހުރިހާކަމެއްގެ خبر ތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
6:19
قُلْ أَىُّ شَىْءٍ أَكْبَرُ شَهَـٰدَةً ۖ قُلِ ٱللَّهُ ۖ شَهِيدٌۢ بَيْنِى وَبَيْنَكُمْ ۚ وَأُوحِىَ إِلَىَّ هَـٰذَا ٱلْقُرْءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَ ۚ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ ٱللَّهِ ءَالِهَةً أُخْرَىٰ ۚ قُل لَّآ أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَـٰهٌ وَٰحِدٌ وَإِنَّنِى بَرِىٓءٌ مِّمَّا تُشْرِكُونَ
Q̣ul ʹayyu shayʹin ʹakbaru shahaadah? Q̣ulil laahu shaheedum baynee wa-baynakum, wa-ʹooḥiya ʹilayya haaẓal Q̣urʹaanu liʹuñẓirakum̃ bihee wa-mam balag̣. ʹAʹinnakum latashhadoona ʹanna maʻal laahi ʹaalihatan ʹukhraa? Q̣ul laaa ʹashhad! Q̣ul ʹinnamaa Huwa ʹIlaahuñw Waaḥiduñw wa-ʹinnanee bareeeʹum mimmaa tushrikoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހެކިދިނުން އެންމެބޮޑުވެގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ﷲ އެވެ. އަހުރެންނާއި ކަލޭމެނާއިދެމެދު ހެކިވެރިއަކީ އެކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް މި قرآن ބާވައިލެއްވުނީ ކަލޭމެންނަށާއި އަދި މި قرآن އިވުނު މީހަކަށް إنذار ކުރެއްވުމަށެވެ. ﷲ އާއިއެކު އެހެން إلهُ ންތަކެއްވާކަމުގައި ކަލޭމެން ހެކިވަމުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެން އެކަމަށް ހެކިދިނަސް) ތިމަންކަލޭގެފާނު އެކަމަށް ހެކިނުދޭނަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެވާކަންކަށަވަރީ ހަމައެންމެ إله އަކުކަމުގައެވެ. އަދި ކަލޭމެން ތިޔަ شريك ކުރާތަކެތީން އަހުރެން ބަރީއަވެގެންވަމެވެ.
-
6:20
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمُ ۘ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ
Allaẓeena ʹaataynaahumul Kitaaba yaʻrifoonahoo kamaa yaʻrifoona ʹabnaaaʹahum. ʹAllaẓeena khasirooo ʹañfusahum fahum laa- yuʹminoon.
ތިމަންރަސްކަލާނގެ އެމީހުންނަށް ފޮތްދެއްވި މީހުން އެބަހީ يهودي ންނާއި نصارى އިން އެކަން يعني: އެކަލާނގެ އެއީ ހަމަ އެންމެ إله އެއްކަން ނުވަތަ إسلام دين އެއީ حقّ دين ކަން ނުވަތަ محمّد ގެފާނު އެއީ حقّ نبي އާކަން އެމީހުންނަށް އެމީހުންގެ ފިރިހެންދަރިން އެނގޭފަދައިން އެނގޭނެއެވެ. އެމީހުން އެމީހުންގެ نفس ތައް ގެއްލުވާލާ ހަލާކުކުރިމީހުން ދަންނައެވެ! ފަހެ އެމީހުން އީމާން ނުވާނެއެވެ.
-
6:21
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ
Wa-man ʹaz̤̣lamu mim-manif taraa ʻalal laahi kaẓiban ʹaw kaẓẓaba biʹAayaatih? ʹInnahoo laa- yufliḥuz̤̣ z̤̣aalimoon.
އަދި ﷲ އަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުރިމީހަކަށްވުރެ ވަކިން ބޮޑުދޮގުވެރިއަކީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން އަނިޔާވެރިންނަށް كامياب ނުވާނެއެވެ.
-
6:22
وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوٓا۟ أَيْنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمْ تَزْعُمُونَ
Wa-yawma naḥ-shuruhum jameeʻañ s̤umma naq̣oolu lil-laẓeena ʹashrakooo ʹayna shurakaaaʹukumul laẓeena kuñtum tazʻumoon.
އަދި އެންމެންއެކީ ތިމަންރަސްކަލާނގެ محشر ކުރައްވާނޭ ދުވަހުން ދެން شريك ކުރިމީހުންނަށް ތިމަންރަސްކަލާނގެ وحي ކުރައްވާ އަންގަވާހުށީމެވެ. ކަލޭމެން شريك ންކަމުގައި ހީކޮށްގެން شريك ކުރި شريك ންތައް ކޮބައިހެއްޔެވެ؟ (ކަލޭމެންބުނަނީ ތެދުކަމުގައިވަންޏާ އެތަކެތި ނިކަން ގެނެސްބަލާށެވެ!)
-
6:23
ثُمَّ لَمْ تَكُن فِتْنَتُهُمْ إِلَّآ أَن قَالُوا۟ وَٱللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ
S̤umma lam takuñ fitnatuhum ʹillaaa ʹañ q̣aaloo wallaahi Rabbina maa- kunnaa mushrikeen.
ދެން އެމީހުންގެ އެ فتنة އިގެ يعني: އެސުވާލުގެޖަވާބު އެމީހުން މިފަދައިން ބުނުންމެނުވީ ނުވެއެވެ. "އަޅަމެންގެ رَبُّ ﷲ ގަންދީ ދަންނަވަމެވެ. އަޅަމެން مشرك ންގެތެރެއިން ނުވެއެވެ."
-
6:24
ٱنظُرْ كَيْفَ كَذَبُوا۟ عَلَىٰٓ أَنفُسِهِمْ ۚ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ
ʹUñz̤̣ur kayfa kaẓaboo ʻalaaa ʹañfusihim wa-ḍalla ʻanhum maa kaanoo yaftaroon.
އެމީހުން އެމީހުންގެ نفس ތަކުގެމައްޗަށް ދޮގުހެދީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ! އަދި އެމީހުން ދޮގުހަދާކަމުގައިވީތަކެތި އެމީހުންގެ ކިބައިން ގެއްލިގެން ދިޔައީއެވެ.
-
6:25
وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۚ وَإِن يَرَوْا۟ كُلَّ ءَايَةٍ لَّا يُؤْمِنُوا۟ بِهَا ۚ حَتَّىٰٓ إِذَا جَآءُوكَ يُجَـٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ
Wa-minhum mañy yastamiʻu ʹilayk; wa-jaʻalnaa ʻalaa q̣uloobihim ʹakinnatan ʹañy yafq̣ahoohu wa-feee ʹaaẓaanihim waq̣raa; wa-ʹiñy yaraw kulla ʹAayatil laa yuʹminoo bihaa: ḥattaaa ʹiẓaa jaaaʹooka yujaadiloonaka yaq̣oolul laẓeena kafarooo ʹin haaẓaaa ʹillaaa ʹasaaṭeerul ʹawwaleen.
އަދި އެ مشرك ންގެތެރޭގައި ކަލޭގެފާނު ވިދާޅުވާތަކެތީގެ އަޑުއަހާމީހުންވެއެވެ. ހަމައެކަނި އަހާމީހުންނެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތަކުގެމަތީގައި އެމީހުންނަށް ނުވިސްނޭނޭ ގޮތުން ހުރަހެއް ނުވަތަ ނިވަލެއް ލެއްވީމެވެ. އަދި އެމީހުންގެ ކަންފަތްތަކުގެމަތީގައި ބައްކަމެއް ލެއްވީމެވެ. އަދި ކޮންމެފަދަ دليل އެއް حجّة އެއް އެމީހުންނަށް ފެނުނަސް އެމީހުން އެޔަށް އީމާންނުވާނެއެވެ. ތެދުނުކުރާނެއެވެ. އެއީ އެމީހުން ކަލޭގެފާނުންގެ އަރިހަށް އައިސް ކަލޭގެފާނާއި ޖަދަލުކޮށްފުމަށްދާންދެންނެވެ. (ކަލޭގެފާނުގެ نَبي ކަމުގެމައްޗަށް دليل ކުރާ دليل އެމީހުންނަށް ފެނުމަށްފަހު އެ دليل باطل ކުރުމަށް އެމީހުން ކަލޭގެފާނާއި جدل ކުރާނެއެވެ.) ކާފަރުވީމީހުން ބުނާނެއެވެ. މި قرآن މިއީ ހަމަ އިސްވެދިޔަމީހުންގެ ތާކުންތާކުނުޖެހޭ ފުލޯކުވާހަކަތަކެއްކަމުގައި މެނުވީ ނުވެއެވެ.
-
6:26
وَهُمْ يَنْهَوْنَ عَنْهُ وَيَنْـَٔوْنَ عَنْهُ ۖ وَإِن يُهْلِكُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ
Wa-hum yan-hawna ʻanhu wa-yanʹawna ʻanh: wa-ʹiñy yuh-likoona ʹillaaa ʹañfusahum wa-maa yashʻuroon.
އަދި އެމީހުން އެކަލޭގެފާނުންގެކިބައިން މީސްތަކުން ދުރުކޮށް ނަހީކުރެއެވެ. މަނާކުރެއެވެ. އަދި މީސްތަކުން (އޭގެސަބަބުން) އެކަލޭގެފާނާއި ދުރަށްދެއެވެ. އެކަލޭގެފާނުންގެ ބަސްފުޅު އެހުމަށް ނާދެއެވެ. އަދި އެކަމަކު އެ مشرك ން އެގޮތުން އެމީހުންގެ نفس ތައް މެނުވީ ހަލާކު ނުކުރެއެވެ. (އޭގެސަބަބުން ﷲ ގެ ކޯފާއާއި عذاب އެމީހުންނަށް حقّ ވަނީއެވެ.) އެމީހުންނަށް އެކަންވެސް إحساس ނުކުރެވެއެވެ.
-
6:27
وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَى ٱلنَّارِ فَقَالُوا۟ يَـٰلَيْتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَـٰتِ رَبِّنَا وَنَكُونَ مِنَ ٱلْمُؤْمِنِينَ
Wa-law taraaa ʹiẓ wuq̣ifoo ʻalan Naari faq̣aaloo yaa-laytanaa nuraddu wa-laa nukaẓẓiba biʹAayaati Rabbinaa wa-nakoona minal Muʹmineen!
އަދި އެމީހުން އެބަހީ مشرك ންތައް قيامة ދުވަހުން ނަރަކައިގާ ބަނދެވިފައި ބެއިތިއްބޭހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެނަމައެވެ. ފަހެ އެހިނދު އެމީހުން ބުނާނެއެވެ. އަހުރެމެން އަލުން ދުނިޔެއަށް ފޮނުވޭނަމަ އޭރުން އަހުރެމެން އަހުރެމެންގެ ربّ ގެ އާޔަތްތައް ދޮގުނުކުރާނަމެވެ! އަދި އަހުރެމެންވާނީ مؤمن ންގެތެރެއިންނެވެ. (އެކަމަކު މިމީހުންގެ މިނަމައިގާއޮތީ އޭރުން ދެން ކޮންފައިދާއެއްބާވައެވެ؟ މިހާރު ނުވި ތައްޔާރެއް އޭރަކުން ނުވެވޭނެއެވެ.)
-
6:28
بَلْ بَدَا لَهُم مَّا كَانُوا۟ يُخْفُونَ مِن قَبْلُ ۖ وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ وَإِنَّهُمْ لَكَـٰذِبُونَ
Bal badaa lahum maa kaanoo yukhfoona miñ q̣abl. Wa-law ruddoo laʻaadoo limaa nuhoo ʻanhu wa-ʹinnahum lakaaẓiboon.
އަދި ކިއެއްހެއްޔެވެ؟ މީގެކުރިން އެމީހުން ވަންހަނާކުރާކަމުގައިވީ ކަންތައް، އެބަހީ ކާފަރުކަމާއި منافق ކަން އަދި އެކަމުގެ ސަބަބުން އެމީހުންނަށް ހުރި ހަލާކާއި عذابއެމީހުންނަށް ހާމަވެ ފައުޅުވެއްޖެއެވެ. އެބަހީ އެދުވަހުން އެންމެހައި خَلْقُ ތަކުންގެ حاضر ގައި އެމީހުންގެ އެ فضيحة ފައުޅުވާނެއެވެ. އަދި (އެމީހުން އެއެދޭގޮތަށް) އަލުންވެސް އެމީހުން ދުނިޔެއަށް ފޮނުއްވުނުނަމަ ކަށަވަރުންވެސް އެމީހުންގެ އެނުބައި ކަންތައްތަކަށް އެމީހުން رجوع ވާނެއެވެ. އެމީހުންނަކީ ހަމަ ދޮގުވެރިންނެވެ.
-
6:29
وَقَالُوٓا۟ إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ
Wa-q̣aalooo ʹin hiya ʹillaa ḥayaatunad dunyaa wa-maa naḥnu bimabʻoos̤een.
އަދި އެ مشرك ން ބުނެއެވެ. (آخرة ދުވަހަށް إيمان ނުވާމީހުން ބުނެއެވެ.) އަހުރެމެންގެ މިދުނިޔޭގެ حياة ނޫން އެހެން حياة އެއް އަހުރެމެންނަކަށް ނުވެއެވެ. އަދި އަހުރެމެންނަކީ މަރުވުމަށްފަހު އަލުން ދިރިގެން ފޮނުވޭނޭ ބަޔަކުނޫނެވެ.
-
6:30
وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَىٰ رَبِّهِمْ ۚ قَالَ أَلَيْسَ هَـٰذَا بِٱلْحَقِّ ۚ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
Wa-law taraaa ʹiẓ wuq̣ifoo ʻalaa Rabbihim! q̣aala ʹalaysa haaẓaa bilḥaq̣q̣? Q̣aaloo balaa wa-Rabbinaa! Q̣aala faẓooq̣ul ʻaẓaaba bimaa kuñtum takfuroon.
(އޭ رسول ﷲ އެވެ!) އެމީހުން - އެބަހީ އެ مشرك ން - އެމީހުންގެ ربّ ގެ حضرة ގައި ކޮޅަށް ބެއިތިއްބިފައި ތިބޭތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނަމައެވެ. އެކަލާނގެ وحي ކުރައްވާހުއްޓެވެ. މިއީ އަޅެފަހެ حقّ އެއް ނޫންހެއްޔެވެ؟ (އެބަހީ محشر ކުރައްވާ حِسَاب ބައްލަވާ ޖަޒާދެއްވުމަކީ حقّ އެއް ނޫންހެއްޔެވެ؟) އެމީހުން ދަންނަވާނެއެވެ. އަޅަމެންގެ رَبّ ގަންދީ ދަންނަވަމެވެ. އެއީ ހަމަ حقّ އެކެވެ. އެކަލާނގެ އަންގަވާނެއެވެ. ކަލޭމެން ކާފަރުވާކަމުގައިވީކަންތަކުގެ ސަބަބުން ކަލޭމެން عذاب ގެރަހަ ލިބިގަންނާށެވެ!
-
6:31
قَدْ خَسِرَ ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ ۖ حَتَّىٰٓ إِذَا جَآءَتْهُمُ ٱلسَّاعَةُ بَغْتَةً قَالُوا۟ يَـٰحَسْرَتَنَا عَلَىٰ مَا فَرَّطْنَا فِيهَا وَهُمْ يَحْمِلُونَ أَوْزَارَهُمْ عَلَىٰ ظُهُورِهِمْ ۚ أَلَا سَآءَ مَا يَزِرُونَ
Q̣ad khasiral laẓeena kaẓẓaboo bi-liq̣aaaʹil laah,― ḥattaaa ʹiẓaa jaaaʹathumus Saaʻatu bag̣tatañ q̣aaloo yaa-ḥasratanaa ʻalaa maa- farraṭnaa feehaa wa-hum yaḥ-miloona ʹawzaarahum ʻalaa z̤̣uhoorihim. ʹAlaa saaaʹa maa- yaziroon!
ހަމަކަށަވަރުން ﷲ އާއި ބައްދަލުވުން ދޮގުކުރި މީސްތަކުން ގެއްލި ހަލާކުވެއްޖެއެވެ. އެމީހުންގެ ގާތަށް ހަމަކުއްލިއަކަށް قيامة އަތުވެއްޖައުމަށްދާންދެން އެމީހުން އެނުބައި ކަންތައްތައް ކުރުމުގައި ދެމިތިބޭނެއެވެ. (ދެން ކުއްލިއަކަށް قيامة ވުމުން) އެމީހުން ބުނާނެއެވެ. އެ قيامة އާއިމެދު ފަރުވާކުޑަކޮށް إهْمَال ކުރިކަމުގެމައްޗަށް އަހުރެމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެއީ އެމީހުންގެ ބުރިކަށިމަތީ އެމީހުންގެ ފާފަތައް އުފުލާ حال ގައެވެ. ދަންނާށެވެ! އެމީހުން އެކުރާ ފާފަތަކުގެ ނުބައިކަމާއެވެ! އެއުފުލާ ބުރަތަކުގެ ނުބައިކަމާއެވެ!
-
6:32
وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَعِبٌ وَلَهْوٌ ۖ وَلَلدَّارُ ٱلْـَٔاخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ
Wa-mal ḥayaatud dunyaaa ʹillaa laʻibuñw walahw? Wa-lad-Daarul ʹAakhiratu khayrul lillaẓeena yattaq̣oon. ʹAfalaa taʻq̣iloon?
އަދި ދުނިޔޭގެ މި حياة އަކީ ހަމަ ކުޅިވަރެއްކަމުގައި މެނުވީ ނުވެއެވެ. (އެބަހީ ކުޅިވަރެއް ކުޅެލާފައި އަނބުރާ ކުޅިވަރު ނިމިގެން ގެޔަށް އަންނަކަހަލަ ކަމެކެވެ.) އަދި تقوى ވެރިވީ މީސްތަކުންނަށް ކަނޑައެޅިގެން آخرة ގެ ގޮވަތި ހެޔޮވެގެންވާކަންކަށަވަރެވެ. ކަލޭމެން ފަހެ ވިސްނާ فكر ކޮށް ބުއްދިކޮށް ނަހަދަމުހެއްޔެވެ؟
-
6:33
قَدْ نَعْلَمُ إِنَّهُۥ لَيَحْزُنُكَ ٱلَّذِى يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَـٰكِنَّ ٱلظَّـٰلِمِينَ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَ
Q̣ad naʻlamu innahoo layaḥzunukal laẓee yaq̣ooloona faʹinnahum laa- yukaẓẓiboonaka wa-laakinnaz̤̣ z̤̣aalimeena biʹAayaatil lahi yaj-ḥadoon.
އަދި އެމީހުން އެދައްކާ ވާހަކަތަކުން ހަމަކަށަވަރުން ކަލޭގެފާނުން ހިތާމަފުޅުކުރައްވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. ފަހެ ހަމަކަށަވަރުން އެމީހުން ކަލޭގެފާނު ދޮގުނުކުރެއެވެ. އަދި އެހެނެއްކަމަކު އަނިޔާވެރިން ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދާ އިންކާރުކުރަނީއެވެ.
-
6:34
وَلَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ فَصَبَرُوا۟ عَلَىٰ مَا كُذِّبُوا۟ وَأُوذُوا۟ حَتَّىٰٓ أَتَىٰهُمْ نَصْرُنَا ۚ وَلَا مُبَدِّلَ لِكَلِمَـٰتِ ٱللَّهِ ۚ وَلَقَدْ جَآءَكَ مِن نَّبَإِى۟ ٱلْمُرْسَلِينَ
Wa-laq̣ad kuẓẓibat Rusulum miñ q̣ablika faṣabaroo ʻalaa maa- kuẓẓiboo wa-ʹooẓoo ḥattaaa ʹataahum naṣrunaa. Wa-laa mubaddila li-Kalimaatil laah. Wa-laq̣ad jaaʹaka min nabaʹil Mursaleen.
އަދި (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގައި رسول ން ދޮގުކުރެވުނެވެ. (އެބަހީ: އެކިއެކި أمّة އަށް ފޮނުވުނު رسول ން އެ أمّة ތަކުގެމީހުން ދޮގުކުރިއެވެ.) އަދި އެބޭކަލުން އެބޭކަލުންގެމައްޗަށް އެދޮގުކުރެވުނުތަކެއްޗާއިމެދު ކެތްތެރިވެވަޑައިގެންނެވިއެވެ. އަދި ތިމަންރަސްކަލާނގެ نصر އެބޭކަލުންނަށް އަތުވެއްޖައުމަށްދާންދެން އެބޭކަލުންނަށް އުނދަގޫތައް ޖެހުނެވެ. އަދި ﷲ ގެ كلمة ފުޅުތައް ބަދަލުކުރާނެ މީހަކު ނުވެއެވެ. (އެބަހީ: رسول ބޭކަލުންނަށް އެންމެފަހުން نصر ދެއްވުމުގެ كلمة ފުޅު ބަދަލުނުވެއެވެ. ހަމައެފަދައިން މި أمّة ގައިވެސް އެންމެފަހުން نصر އޮންނާނީ رسول އާ އަށެވެ.) އަދި ހަމަކަށަވަރުން އިސްވެދިޔަ رسول ބޭކަލުންގެ خبر ތަކުގެތެރެއިން ބައެއް خبر ކަލޭގެފާނަށް އަތުވެއްޖެއެވެ.
-
6:35
وَإِن كَانَ كَبُرَ عَلَيْكَ إِعْرَاضُهُمْ فَإِنِ ٱسْتَطَعْتَ أَن تَبْتَغِىَ نَفَقًا فِى ٱلْأَرْضِ أَوْ سُلَّمًا فِى ٱلسَّمَآءِ فَتَأْتِيَهُم بِـَٔايَةٍ ۚ وَلَوْ شَآءَ ٱللَّهُ لَجَمَعَهُمْ عَلَى ٱلْهُدَىٰ ۚ فَلَا تَكُونَنَّ مِنَ ٱلْجَـٰهِلِينَ
Wa-ʹiñ kaana kabura ʻalayka ʹiʻraaḍuhum faʹinis taṭaʻta ʹañ tabtag̣iya nafaq̣añ fil ʹarḍi ʹaw sullamañ fis samaaaʹi fataʹtiyahum̃ biʹAayah. Wa-law shaaʹal laahu lajamaʻahum ʻalal hudaa falaa takoonanna minal jaahileen!
(އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނަށް އެކާފަރުން ފުރަގަސްދިނުމާއި ކަލޭގެފާނު ދޮގުކުރުން ބޮޑުކަމަކަށްވަންޏާ، ދެން ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ ކަލޭގެފާނު ބިމުގެތެރެއިން ބިންގަރާސް މަގަކުން ވަޑައިގެން ނުވަތަ ހަރުގަނޑެއް ނުވަތަ ސިޑިއެއްބަހައްޓަވައި އުޑަށްއަރާވަޑައިގެން (މިހާރު ހުރި دليل އާއި حجّة އަށްވުރެ އިތުރުމޮޅު دليل އަކާއިގެން ވަޑައިގެންނެވެންޏާ ވަޑައިގެންނެވިނަމަވެސް - އެފަދަ ކަމެއް ކަލޭގެފާނަކަށް ނުކުރެއްވޭނެއެވެ. - އަދި ނުވަތަ އެފަދަ دليل އެއް بُرْهان އެއް ކަލޭގެފާނު ގެންނެވިނަމަވެސް ﷲ ގެ أزل ގެ علم ފުޅުގައި އެމީހުން ކަލޭގެފާނު ތެދުކުރުން އިސްވެގޮސްފައިނުވާނަމަ އެމީހުން ކަލޭގެފާނަށް އީމާން ނުވާނެއެވެ.) އަދި ﷲ އެދިވޮޑިގެންނެވިނަމަ އެ އެންމެން ތެދުމަގުގެ މައްޗަށް އެކަލާނގެ ޖަމާކޮށްދެއްވައިފީހެވެ. އަދި ޖާހިލުންގެތެރެއިން ކަލޭގެފާނުވެވަޑައި ނުގަންނަވާށެވެ!
-
6:36
۞ إِنَّمَا يَسْتَجِيبُ ٱلَّذِينَ يَسْمَعُونَ ۘ وَٱلْمَوْتَىٰ يَبْعَثُهُمُ ٱللَّهُ ثُمَّ إِلَيْهِ يُرْجَعُونَ
ʹInnamaa yastajeebul laẓeena yasmaʻoon. Wal-mawtaa yabʻas̤uhumul laahu s̤umma ʹilayhi yurjaʻoon.
ކަލޭގެފާނުންގެ دعوة އަށް إجابة ދޭނެކަންކަށަވަރީ އަޑުއަހާމީހުންނެވެ. (އެބަހީ: مَنْفَعَ އެއް ކުރާނޭގޮތަށް ބަސްފުޅުއަހާމީހުންނެވެ. (ކާފަރުން އެއީ މަރުވެފައިވާ ބައެއްކަހަލަ ބައެކެވެ. ފައިދާއެއްކުރާފަދަ އެހުމެއް އެމީހުން ނުއަހާނެއެވެ.) އަދި މަރުވެފައިތިބިމީހުން ﷲ محشر އަށް ފޮނުއްވާހުއްޓެވެ. (ކާފަރުންވެސް އެފަދައެވެ.) ދެން އެމީހުން އެނބުރި رجوع ވުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ.
-
6:37
وَقَالُوا۟ لَوْلَا نُزِّلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ ۚ قُلْ إِنَّ ٱللَّهَ قَادِرٌ عَلَىٰٓ أَن يُنَزِّلَ ءَايَةً وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
Waq̣aaloo laa-law nuzzila ʻalayhi ʹaayatum mir rabbih? Q̣ul ʹinnal laaha Q̣aadirun ʻalaaa ʹañy yunazzila ʹAayatañw Walaakinna ʹaks̤arahum laa- yaʻlamoon.
އަދި ކާފަރުން ބުންޏެވެ. އެކަލޭގެފާނުންގެ رَبّ ގެ حضرة ން (އެކަލޭގެފާނުންގެ رسول ކަމުގެމައްޗަށް دليل ކުރާ) دليل އެކަލޭގެފާނަށް ބާވައިނުލެއްވީ ކީއްވެގެންބާވައެވެ؟ (އޭ رسول ﷲ އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ހަމަކަށަވަރުން دليل އެއް حجّة އެއް ބާވައިލެއްވުމަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.
-
6:38
وَمَا مِن دَآبَّةٍ فِى ٱلْأَرْضِ وَلَا طَـٰٓئِرٍ يَطِيرُ بِجَنَاحَيْهِ إِلَّآ أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِى ٱلْكِتَـٰبِ مِن شَىْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ
Wa-maa miñ daaabbatiñ fil ʹarḍi wa-laa ṭaaaʹiriny yaṭeeru bijanaaḥayhi ʹillaaa ʹumamun ʹams̤aalukum. Maa- farraṭnaa fil Kitaabi miñ shayʹiñ s̤umma ʹilaa Rabbihim yuḥ-sharoon.
އަދި ބިންމަތީގައި حركاة ތެރިވާ ކޮންމެ ދިރޭއެއްޗެއްވިޔަސް، އަދި އޭގެދެފިޔަގަނޑުން އުދުހޭ ކޮންމެ ދޫންޏެއްވިޔަސް ހަމަ ކަލޭމެންކަހަލަ أمّة ތަކެއް ކަމުގައި މެނުވީނުވެއެވެ. (إنسان ން أمّة އެކެވެ. جِنّ ން أمّة އެކެވެ. ހަތަރެސްފައިޖެހި ޖަނަވާރުގެވެސް أمّة أمّة އެވެ. ދޫނިސޫފާސޫފި أمّة އެކެވެ. ފަނިފަކުސައިގެ ވައްތަރުތައްވެސް أمّة ތަކެކެވެ. މިހުރިހާތަކެތީގެ ހާލުތައް ބައްލަވައި ރިޒުގުދެއްވާކަލަކަށް މެނުވީ އަޅުކަންއަދާކުރެވުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ އެކަލާނގެ وحي ކުރައްވައެވެ.) ތިމަންރަސްކަލާނގެ ފަރުވާކުޑަކުރައްވައި ފޮތުގައި ނުހިމަނުއްވާ ހަމަ އެކައްޗެއްވެސް ނުވާނެއެވެ. އެބަހީ ހުރިހާތަކެތި ފޮތުގައި بيان ކުރެއްވީމެވެ. ހުރިހާތަކެތީގެ ހުރިހާ حال ތަކެއް لوح المحفوظ ގައި بيان ކުރެއްވީމެވެ. ދެން އެތަކެތި محشر ކުރެއްވުން يعني: قيامة ދުވަހުން އެއްކުރެއްވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.)
-
6:39
وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا صُمٌّ وَبُكْمٌ فِى ٱلظُّلُمَـٰتِ ۗ مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَٰطٍ مُّسْتَقِيمٍ
Wallaẓeena kaẓẓaboo biʹAayaatinaa ṣummuñw wabukmuñ fiz̤̣ z̤̣ulumaat: mañy yashaʹil laahu yuḍ-lilh: wa-mañy yashaʹ yajʻalhu ʻalaa Ṣiraaṭim Mustaq̣eem.
އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރިމީހުންނަކީ އަނދިރީގެތެރޭގައިވާ ބީރު އަދި މަންމަން ބައެކެވެ. (އެބަހީ އެމީހުންނަކީ حقّ ބަހެއްނުއިވޭ ބީރުބައެކެވެ. އަދި حقّ ބަހެއް ނުބުނެވޭ މަންމަން ބައެކެވެ. އެމީހުން އެވާނީ كافر ކަމުގެ އަނދިރީގައި حيران ވެފައެވެ.) ﷲ އެދިވޮޑިގެންނެވިއަޅަކު އެކަލާނގެ މަގުފުރައްދަވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވިއަޅަކު ހަމަ ސީދާތެދުމަގުގައި އެކަލާނގެ ލައްވައެވެ. (އެއީ އެކަލާނގެ أَذَلُ ގެ علم ފުޅު ނިޔާކުރާފަދައެވެ.) والله أعلم.
-
6:40
قُلْ أَرَءَيْتَكُمْ إِنْ أَتَىٰكُمْ عَذَابُ ٱللَّهِ أَوْ أَتَتْكُمُ ٱلسَّاعَةُ أَغَيْرَ ٱللَّهِ تَدْعُونَ إِن كُنتُمْ صَـٰدِقِينَ
Q̣ul ʹaraʹaytakum ʹin ʹataakum ʻaẓabul laahi ʹaw ʹatatkumus Saaʻatu ʹa-g̣ayral laahi tadʻoon? ʹIñ kuñtum ṣaadiq̣een.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު (މި مشرك ންނަށް) ވިދާޅުވެދެއްވާށެވެ! ކަލޭމެންނަށް ﷲ ގެ عذاب އަތުވެއްޖެއްޔާ ނުވަތަ ކަލޭމެންނަށް قيامة އަތުވެއްޖެއްޔާ قيامة قائم ވެއްޖެއްޔާ ކަލޭމެން ގޮވާ دعاء ކުރާނީ ﷲ ނޫން އެހެންފަރާތަކަށްހެއްޔެވެ؟ (އެހެން ފަރާތަކުން مدد އެއް އެހީއެއް ލިބޭނޭހެއްޔެވެ؟) ކަލޭމެންނަކީ ތެދުވެރިންކަމުގައި ވަންޏާ ކަލޭމެން ނިކަން ބުނެބަލާށެވެ!
-
6:41
بَلْ إِيَّاهُ تَدْعُونَ فَيَكْشِفُ مَا تَدْعُونَ إِلَيْهِ إِن شَآءَ وَتَنسَوْنَ مَا تُشْرِكُونَ
Bal ʹiyyaahu tadʻoona fayakshifu maa- tadʻoona ʹilayhi ʹiñ shaaʹa watañsawna maa- tushrikoon!
އެހެންނަކުންނެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ގޮވާ دعاء ކުރާނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއަށް ކަލޭމެންގޮވާ دعاء ކުރި ކަންތައް އެކަލާނގެ އެދިވޮޑިގެންފިޔާ އެކަލާނގެ كشف ކުރައްވާ ދުރުކުރައްވާ ފިއްލަވާނެއެވެ. އަދި (އެވަގުތު) ކަލޭމެން އެތަކެއްޗާއި الله އާއެކު شريك ކުރިތަކެތީގެމަތީން، ބުދުތަކުގެމަތިން ކަލޭމެން ހަނދާންނައްތާލައެވެ. ހަނދާންނެތެއެވެ.
-
6:42
وَلَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَأَخَذْنَـٰهُم بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَتَضَرَّعُونَ
Wa-laq̣ad ʹarsalnaaa ilaaa ʹumamim miñ q̣ablika faʹakhaẓnaahum̃ bil-baʹsaaaʹi waḍ-ḍarraaaʹi laʻallahum yataḍarraʻoon.
އަދި ހަމަވަކަށަވަރުން ކަލޭގެފާނުންގެކުރީގެ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީމެވެ. ދެންފަހެ (އެމީހުން އެބަހީ އެ أمّة ތަކުގެ މީހުން رسول ން ދޮގުކުރިހިނދުން) އެމީހުން فقير ކަމާއި ބަލިމަޑުކަމުގެގޮތްތައް ދިމާކުރައްވައި އެމީހުން إمتحان ކުރެއްވީމެވެ. (އަދި އެމީހުން إيمان ވެ ކިޔަމަންނުވުމުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން ހިއްޕެވީމެވެ.) އެއީ އެމީހުން ބިރުވެތިވެ إخلاص ތެރިވޭތޯއެވެ.
-
6:43
فَلَوْلَآ إِذْ جَآءَهُم بَأْسُنَا تَضَرَّعُوا۟ وَلَـٰكِن قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ مَا كَانُوا۟ يَعْمَلُونَ
Falawlaaa ʹiẓ jaaaʹahum̃ baʹsunaa taḍarraʻoo walaakiñ q̣asat q̣uloobuhum wa-zayyana lahumush Shayṭaanu maa- kaanoo yaʻmaloon.
ފަހެ އެމީހުންނަށް ތިމަންރަސްކަލާނގެ إمتحان އައިހިނދުން އެމީހުން ބިރުވެތިވެ ކިޔަމަންތެރިވެ إخلاض ތެރިވީނަމައެވެ. (އެހެނެއްނުވިއެވެ.) އަދި ކިޔެއްހެއްޔެވެ؟ އެމީހުން ހިއްތައް ހަރުކަށިވެ ގަދަވީއެވެ. އަދި އެމީހުން ކުރާކަމުގައިވި (ނުބައި) ކަންތައްތައް شيطان އާ އެމީހުން ޒީނެއްތެރިކޮށް ދިނީއެވެ.
-
6:44
فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦ فَتَحْنَا عَلَيْهِمْ أَبْوَٰبَ كُلِّ شَىْءٍ حَتَّىٰٓ إِذَا فَرِحُوا۟ بِمَآ أُوتُوٓا۟ أَخَذْنَـٰهُم بَغْتَةً فَإِذَا هُم مُّبْلِسُونَ
Falammaa nasoo maa- ẓukkiroo bihee fataḥnaa ʻalayhim ʹabwaaba kulli shayʹ; ḥattaaa ʹiẓaa fariḥoo bimaaa ʹootooo ʹakhaẓnaahum̃ bag̣tatañ faʹiẓaa hum mublisoon.
ފަހެ ތިމަންރަސްކަލާނގެ އެމީހުންނަށް أمر ކުރެއްވި ކަންތައް އެމީހުން ނުކޮށް ދޫކޮށްލިހިނދުން ތިމަންރަސްކަލާނގެ އެމީހުންމައްޗައް ހުރިހާ نعمة ގެ ދޮރުތައް ހުޅުވައިލީމެވެ. (ހުރިހާ ބާވަތެއް نعمة އެއްދެއްވީމެވެ. ތިޔާގިކަމާއި ތަނަވަސްކަމާ ބަލިން ފަސޭހަވުމާއި މިހުރިހާކަމެއް ދެއްވީމެވެ.) އެއީ އެމީހުން އެކަމުގައި އުފާކޮށް މަޖާކޮށްފުމަށްދާންދެއެވެ. ދެން ހަމަކުއްލިއަކަށް ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކުކުރެއްވީމެވެ. އެހައިރުން އެމީހުންވީ ހިތާމަކޮށް ބަރުބާދުވެގެންދިޔަބައަކު ކަމުގައެވެ.
-
6:45
فَقُطِعَ دَابِرُ ٱلْقَوْمِ ٱلَّذِينَ ظَلَمُوا۟ ۚ وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ
Faq̣uṭiʻa daa-birul q̣awmil laẓeena z̤̣alamoo. Wal-Ḥamdu lillaahi Rabbil ʻAalameen.
ފަހެ އަނިޔާވެރިވެގެންވީމީހުންގެ ބުރިކަށިތައް ކެނޑެވި ހަލާކުވެދިޔައީއެވެ. އަދި އެންމެހައި ثناء އާއި تعريف އެއްހުރީ ﷲ އަށެވެ. އެއީ عالم ތަކުގެވެރި رَبّ އެވެ.
-
6:46
قُلْ أَرَءَيْتُمْ إِنْ أَخَذَ ٱللَّهُ سَمْعَكُمْ وَأَبْصَـٰرَكُمْ وَخَتَمَ عَلَىٰ قُلُوبِكُم مَّنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِهِ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَـٰتِ ثُمَّ هُمْ يَصْدِفُونَ
Q̣ul ʹaraʹaytum ʹin ʹakhaẓal laahu samʻakum wa-ʹabṣaarakum wa-khatama ʻalaa q̣uloobikum man ʹilaahun g̣ayrul laahi yaʹteekum̃ bih? ʹUñz̤̣ur kayfa nuṣarriful ʹaayaati s̤umma hum yaṣdifoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ އިވުންތަކާއި ފެނުންތައް ﷲ ގެންދަވައިފިއްޔާ އަދި ކަލޭމެންގެ ހިތްތަކުގައި އެކަލާނގެ ސިއްކަޖައްސަވައި ބަންދުކުރައްވައިފިއްޔާ ދެން އެތަކެތި ކަލޭމެނަށް ގެނަސްދޭނީ ﷲ ނޫން ދެން ކޮން إله އެއްހެއްޔެވެ؟ (އެފަދަ ކަމެއް ކުރެވޭނެ އެކަލާނގެނޫން އެހެން إله އަކު ނުވެއެވެ.) آية ތަކާއި حجّة ތައް ތިމަންރަސްކަލާނގެ ބަދަލުކުރައްވާ އަނބުރުއްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ބައްލަވާށެވެ! ދެންވެސް އެމީހުން (قبول ނުކޮށް) އެނބުރި ފުރަގަސްދެނީއެވެ.
-
6:47
قُلْ أَرَءَيْتَكُمْ إِنْ أَتَىٰكُمْ عَذَابُ ٱللَّهِ بَغْتَةً أَوْ جَهْرَةً هَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلظَّـٰلِمُونَ
Q̣ul ʹaraʹaytakum ʹin ʹataakum ʻaẓaabul laahi bag̣tatan ʻaw jahratan hal yuhlaku ʹillal q̣awmuz̤̣ z̤̣aalimoon!
(އޭ رسول ﷲ އެވެ!) ﷲ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކުރާމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ!) ކަލޭމެންނަށް ﷲ ގެ عذاب ހަމަކުއްލިއަކަށް ނުވަތަ ކަލޭމެން ބަލަބަލާތިއްބާ ހަމަފައުޅުގައި އަތުވެއްޖެއްޔާވެސް އަނިޔާވެރިންމެނުވީ، އެބަހީ مشرك ން މެނުވީ ހަލާކުވާނޭހެއްޔެވެ؟
-
6:48
وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۖ فَمَنْ ءَامَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
Wa-maa nursilul Mursaleena ʹillaa mubashshireena wa-muñẓireen. Faman ʹaamana wa-ʹaṣlaḥa falaa khawfun ʻalayhim wa-laa hum yaḥzanoon.
އަދި އުފާވެރިކަމުގެ خبر ދެއްވުމަށާއި އަދި ބިރުވެރިކަމުގެ خبر ދެއްވުމަށްމެނުވީ ތިމަންރަސްކަލާނގެ (އެއްވެސް أمّة އަކަށް) رسول ބޭކަލުން ނުފޮނުއްވަމެވެ. ދެން އެބޭކަލުންނަށް إيمان ވެ، އެބޭކަލުން ތެދުކޮށް إصلاح ކޮށް އެބަހީ: ހެޔޮ عمل ކޮށް ހެދިމީހުންނަށް އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި އެމީހުންނީ ހިތާމަކުރާނެބަޔަކުކަމުގައި ނުވެއެވެ.
-
6:49
وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا يَمَسُّهُمُ ٱلْعَذَابُ بِمَا كَانُوا۟ يَفْسُقُونَ
Wallaẓeena kaẓẓaboo biʹAayaatinaa yamassuhumul ʻaẓaabu bimaa kaanoo yaf-suq̣oon.
އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރިމީހުންނަށް (ތިމަންރަސްކަލާނގެ) ކޯފާއާއި عذاب ލިބޭހުއްޓެވެ. އެއީ އެމީހުން فاسق ކުރާކަމުގެ ސަބަބުންނެވެ. އެބަހީ އެމީހުން ދޮގުކުރާކަމުގެ ސަބަބުންނެވެ.
-
6:50
قُل لَّآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ لَكُمْ إِنِّى مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ
Q̣ul laaa ʹaq̣oolu lakum ʻiñdee khazaaaʹinul laahi wa-laaa ʹaʻlamul g̣ayba wa-laaa ʹaq̣oolu lakum ʹinnee malak. ʹIn ʹattabiʻu ʹillaa maa- yooḥaaa ʹilayy. Q̣ul hal yastawil ʹaʻmaa wal-baṣeer? ʹAfalaa tatafakkaroon?
ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ އަތުގައި ﷲ ގެ خزانة ތައްވެއެކޭ އަހުރެން ކަލޭމެނަކަށް ނުބުނާނަމެވެ. އަދި އަހުރެންނަށް غيب ގެ علم އެނގެއެކޭވެސް އަހުރެން ކަލޭމެންނަކަށް ނުބުނަމެވެ. އަދި އަހުރެންނަކީ މަލާއިކަތެކޭވެސް އަހުރެން ކަލޭމެނަކަށް ނުބުނަމެވެ. އަދި އަހުރެންނަށް އިއްވޭ وحي ގައިވާ އެއްޗަކަށް މެނުވީ އަހުރެން تبع ވާކަމުގައި ނުވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ލޮލަށް ނުފެންނަ މީހާއާއި އަދި ލޮލަށްފެންނަމީހާއާއި ދެމީހުން ފަހެ އެއްވަރުވާނޭހެއްޔެވެ؟ (އެބަހީ: ލޮލަށް ފެންނަތަކެތީން އެއްވެސް عبرة އެއް حاصل ނުކުރާ ކާފަރުމީހާއާއި عبرة حاصل ކޮށް އީމާންވެގެންވާ مؤمن މީހާޔާއި ދެމީހުން) އެއްވަރުވާނޭހެއްޔެވެ؟ މިދެމީހުންގެ حال އެއްވަރުނުވާނެކަން ކަށަވަރެވެ. ކަލޭމެން ފަހެ އެއްޗެއް ވިސްނާ فكر ކޮށް ނަހަދަނީ ކީއްވެގެންބާވައެވެ؟
-
6:51
وَأَنذِرْ بِهِ ٱلَّذِينَ يَخَافُونَ أَن يُحْشَرُوٓا۟ إِلَىٰ رَبِّهِمْ ۙ لَيْسَ لَهُم مِّن دُونِهِۦ وَلِىٌّ وَلَا شَفِيعٌ لَّعَلَّهُمْ يَتَّقُونَ
Wa-ʹañẓir bihil laẓeena yakhaafoona ʹañy yuḥ-sharooo ʹilaa Rabbihim laysa lahum miñ doonihee waliyyuñw walaa shafeeʻul laʻallahum yattaq̣oon.
(އޭ رسول ﷲ އެވެ!) އަދި ތިމާމެން ތިމާމެންގެ ربّ ގެ حضرة އަށް محشر ކުރެވޭނެކަމާއިމެދު يعني: އެއްކުރެވޭނެކަމާއިމެދު ބިރުވެތިވާ އަޅުންނަށް ކަލޭގެފާނު އެ قرآن ން إنذار ކުރައްވާ ބިރުވެތިކުރުވާށެވެ! އެމީހުންނަށް އޭރުން ތިމާމެންނަށް އެކަލާނގެ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިޔަސް އަދި شفاعة ތެރިއަކުވިޔަސް ނުވާކަން އެމީހުން ރަނގަޅަށް ދަންނާނެއެވެ. އެފަދަމީހުންނަށް އެމީހުން ބިރުވެތިވެ تقوى ވެރިވޭތޯ إنذار ކުރައްވާށެވެ!
-
6:52
وَلَا تَطْرُدِ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ مَا عَلَيْكَ مِنْ حِسَابِهِم مِّن شَىْءٍ وَمَا مِنْ حِسَابِكَ عَلَيْهِم مِّن شَىْءٍ فَتَطْرُدَهُمْ فَتَكُونَ مِنَ ٱلظَّـٰلِمِينَ
Wa-laa taṭrudil laẓeena yadʻoona Rabbahum̃ bil-g̣adaati wal-ʻashiyyi yureedoona Waj-hah. Maa- ʻalayka Min ḥisaabihim miñ shayʹiñw wamaa min ḥisaabika ʻalayhim miñ shayʹiñ fataṭrudahum fatakoona minaz̤̣ z̤̣aalimeen.
އަދި އެބައިމީހުން އެމީހުންގެ رَبّ ގެ وجه ފުޅު އެދިގެން - އެކަލާނގެ ރުހިވޮޑިގަތުން އެދިގެން - ހެނދުނާއި ހަވީރު އެމީހުންގެ رَبّ އަށް دعاء ކޮށް (فرض ފަސްނަމާދުކޮށް) ހަދާމީހުން ކަލޭގެފާނު ދުރުކުރައްވާ ފައްސަވާ ނުލައްވާށެވެ! (އެހެނީ) އެމީހުންގެ ހިސާބުގެތެރެއިން އެއްވެސް އެއްޗެއް ކަލޭގެފާނުންގެ މައްޗަކަށް ނުވެއެވެ. (އެމީހުންގެ ހިސާބާއި ކަލޭގެފާނު ذِمّة ވާކަށް ނުޖެހޭނެއެވެ.) އަދި ކަލޭގެފާނުންގެ ހިސާބުގެ އެއްވެސް އެއްޗެއް އެމީހުންގެމައްޗަކަށް ނުވެއެވެ. (އެހެން އެކަންއޮތްއިރު) ދެން ކަލޭގެފާނު އެމީހުން ފައްސާލައްވާ ދުރުކުރައްވައިފިއްޔާ ފަހެ ކަލޭގެފާނު އޭރުންވެވަޑައިގަންނަވާނީއަނިޔާވެރިންގެ ތެރެއިންނެވެ. • ދަންނައެވެ! ابن مسعود ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއް أبو جعفر الطّبرى އެކަލޭގެފާނުންގެ تفسير ގައި ލިއުއްވާފައިވެއެވެ. نبيُّ ﷲ ﷺ ގެ އަރިހަށް قريش ންގެ ބޮޑެތި ބަޔަކު ވަޑައިގެންނެވިއެވެ. އެއީ ކާފަރު ބައެކެވެ. އޭރު އެކަލޭގެފާނުންގެ އަރިހުގައި مسلم ންގެ މާތްބަޔަކު އެކަމަކު ނިކަމެތިވެ ދެރަ ضعيف ބަޔަކުވެއެވެ. އެއީ صَهَيبُ އާއި عَمَّار އާއި بِلاَل އާއި خَبَّابُ އާއި އަދިވެސް މިފަދަ އެހެންމީހުންނެވެ. ދެންފަހެ قريش ންގެ ބޮޑެތި ކާފަރުން رسول ﷲ ﷺ އަށް ދެންނެވީ ކަލޭގެފާނު ތިޔަ ރުހިވަޑައިގަންނަވަނީ މިމީސްމީހުންނަށްތޯއެވެ؟ އަހުރެމެން ފިޔަވައި ﷲ އެބައެއްގެމައްޗަށް ދަރުމަވަންތަވެރިވެވޮޑިގެންނެވިބަޔަކީ މިއީތޯއެވެ؟ އަހުރެމެން މިމީހުންނާއި تبع ވެގެން އުޅެންވީތޯއެވެ؟ އެމީހުން އުޅޭގޮތަށް އުޅެންވީތޯއެވެ؟ ކަލޭގެފާނު އެމީހުން ދުރުކުރައްވައި ފައްސަވައިލައްވާށެވެ! ކަލޭގެފާނުންގެ އަރިހުން ކަލޭގެފާނު އެމީހުން ދުރުކުރައްވައި ފައްސައިލައްވަވައިއިފިއްޔާ އަހުރެމެން ކަލޭގެފާނާ تبع ވެވުން أمّيد ކުރެވެއެވެ. މިއެވެ. އެ وَاقعة އާއި ގުޅިގެން އިސްވެދިޔަ އާޔަތް ބާވައިލެއްވުނުކަމުގައިވެއެވެ. މިމާނާއިގައިވާ ވަރަށްގިނަ ރިވާޔަތް އައިސްފައިވެއެވެ.
-
6:53
وَكَذَٰلِكَ فَتَنَّا بَعْضَهُم بِبَعْضٍ لِّيَقُولُوٓا۟ أَهَـٰٓؤُلَآءِ مَنَّ ٱللَّهُ عَلَيْهِم مِّنۢ بَيْنِنَآ ۗ أَلَيْسَ ٱللَّهُ بِأَعْلَمَ بِٱلشَّـٰكِرِينَ
Wa-kaẓaalika fatannaa baʻḍahum̃ bibaʻḍil liyaq̣oolooo ʹahaaaʹulaaaʹi mannal laahu ʻalayhim min bay-ninaa? ʹAlaysal laahu biʹaʻlama bishshaakireen.
އަދި ތިމަންރަސްކަލާނގެ އޭގެ އެއްބައެއްފަރާތުން އަނެއްބަޔަކު إمتحان ކުރައްވާ ޗެކްކުރައްވަނީ އެފަދައިންނެވެ. އެއީ އެމީހުން ބުނުމަށެވެ. "އަހުރެމެންގެމައްޗަށް ﷲ ދަރުމަވަންތަވެވޮޑިގެންނެވިބަޔަކީ މިމީހުން ހެއްޔެވެ؟ (މިނިކަމެތި ދެރަމީހުންހެއްޔެވެ؟) މީގެ جواب ގައި ﷲ އެއަންގަވަނީ: شكر ކުރާމީހުން މޮޅަށް ދެނެވޮޑިގަންނަވާ ކަލަކުކަމުގައި ﷲ ނުވޭހެއްޔެވެ؟ އެބަހީ ދެނެވޮޑިގެންވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.
-
6:54
وَإِذَا جَآءَكَ ٱلَّذِينَ يُؤْمِنُونَ بِـَٔايَـٰتِنَا فَقُلْ سَلَـٰمٌ عَلَيْكُمْ ۖ كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ ٱلرَّحْمَةَ ۖ أَنَّهُۥ مَنْ عَمِلَ مِنكُمْ سُوٓءًۢا بِجَهَـٰلَةٍ ثُمَّ تَابَ مِنۢ بَعْدِهِۦ وَأَصْلَحَ فَأَنَّهُۥ غَفُورٌ رَّحِيمٌ
Wa-ʹiẓaa jaaaʹakal laẓeena yuʹminoona biʹAayaatinaa faq̣ul Salaamun ʻalaykum kataba Rabbukum ʻalaa Nafsihir Raḥmata ʹannahoo man ʻamila miñkum soooʹam bijahaalatiñ s̤umma taaba mim baʻdihee wa-ʹaṣlaḥa faʹannahoo G̣afoorur Raḥeem.
އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާމީހުން ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއްޔާ ފަހެ ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. ކަލޭމެންގެ رَبّ އެކަލާނގެ ذات ފުޅުގެމައްޗަށް رحمة فرض ކުރައްވާ ލިއުއްވާފައިވެއެވެ. ހަމަކަށަވަރުން ކަލޭމެންކުރެ މީހަކު ނޭނގިގެން އޮޅުމެއްގެތެރޭގައި ނުބައިކަމެއްކުރެވުނަސް ދެން އެމީހަކު އޭގެފަހުން توبة ވެ صالح عمل ކޮށްފި ކޮންމެ މީހަކަށް (އެކަލާނގެ ފުއްސަވައެވެ.) ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
6:55
وَكَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ وَلِتَسْتَبِينَ سَبِيلُ ٱلْمُجْرِمِينَ
Wa-kaẓaalika nufaṣṣilul ʹAayaati wa-litastabeena sabeelul mujrimeen.
އަދި ތިމަންރަސްކަލާނގެ އާޔަތްތައް تفصيل ކޮށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. (އެއީ މި سورة ގެ މިހާތަނަށްވެސް مشرك ންގެމައްޗަށް ތިމަންރަސްކަލާނގެ އާޔަތްތަކާއި حجّة ތައް بيان ކޮށްދެއްވި ފަދައިންނެވެ.) އަދި ކަލޭގެފާނުން مُجْرِمُ ންގެމަގު بيان ކޮށްދެއްވުމަށެވެ. (އެމީހުންގެ ކަންތައް ހުންނަގޮތާއި أصول ތައް ހުންނަގޮތް މީސްތަކުންނަށްވެސް އެންގެވުމަށެވެ.)
-
6:56
قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ ۚ قُل لَّآ أَتَّبِعُ أَهْوَآءَكُمْ ۙ قَدْ ضَلَلْتُ إِذًا وَمَآ أَنَا۠ مِنَ ٱلْمُهْتَدِينَ
Q̣ul ʹinnee nuheetu ʹan ʹaʻbudal laẓeena tadʻoona miñ doonil laah. Q̣ul Laaa ʹattabiʻu ʹahwaaaʹakum q̣ad ḍalaltu ʹiẓañw Wamaaa ʹana minal Muhtadeen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ مشركُ ންނޭވެ!) ﷲ ފިޔަވައި އެތަކެއްޗަށް ކަލޭމެން ތިޔަ އަޅުކަންކުރާ ތަކެއްޗަށް އަޅުކަންކުރުން އަހުރެންނަށް ނަހީވެވިގެންވެއެވެ. (އެބަހީ: ﷲ ވަނީ އެކަން އަހުރެންނަށް ނަހީކުރައްވާ މަނާކުރައްވާފައެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ هوى نفس އާއި - ކަލޭމެންގެ އަމިއްލައެދުމާއި އަހުރެން تبع ނުވާހުށީމެވެ. އެހެންކަމަށްވެއްޖެއްޔާ އެބަހީ ކަލޭމެން އެދޭގޮތަށް އަހުރެން تبع ވެއްޖެއްޔާ ހަމަކަށަވަރުން އަހުރެން މަގުފުރެދުނީއެވެ. އަދި ތެދުމަގު ލިބިގެންވާމީހުންގެތެރެއިން އަހުރެން ނުވާނެއެވެ.
-
6:57
قُلْ إِنِّى عَلَىٰ بَيِّنَةٍ مِّن رَّبِّى وَكَذَّبْتُم بِهِۦ ۚ مَا عِندِى مَا تَسْتَعْجِلُونَ بِهِۦٓ ۚ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۖ يَقُصُّ ٱلْحَقَّ ۖ وَهُوَ خَيْرُ ٱلْفَـٰصِلِينَ
ʹinnee Q̣ul ʻalaa bayyinatim mir Rabbi Wakaẓẓabtum̃ bih. Maa- ʻiñdee maa- tastaʻjiloona bih. ʹInil Ḥukmu ʹillaa lillaah: yaq̣uṣṣul Ḥaq̣q̣a wa-Huwa khayrul faaṣileen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު މިވަނީ ތިމަންކަލޭގެފާނުންގެ رَبّ ގެ حضرة ންވާ بيان އެއްގެމަތީގައެވެ. (އެކަލާނގެ އެއްކައުވަންތަކަމާއި އަޅުކަން އެކަލާނގެއަށް إخلاص ތެރިކުރަންވާނެކަމުގެ حجّة އާއި دليل ގެމަތީގައެވެ.) އަދި ކަލޭމެން އެކަލާނގެ ދޮގުކުރީއެވެ. އަދި ކަލޭމެން އެއެއްޗެއް އަވަސްވުމަށް އެދޭ އެތި ތިމަންކަލޭގެފާނުގެ އަރިހުގައި ނުވެއެވެ. (އެއީ ކަލޭމެންނަށް عذاب އައުމެވެ. އަދި އެ عذاب ގެނައުމަކީވެސް ތިމަންކަލޭގެފާނަށް ކުޅަދާނަކަމެއްނޫނެވެ.) އަދި ތިމަންކަލޭގެފާނާއި ކަލޭމެނާއި ދެމެދު حكم ކުރެއްވުން ހަމަ ﷲ އަށް މެނުވީ ނުވެއެވެ. އެކަލާނގެ حقّ ބަސް ބަޔާންކޮށްދެއްވައި حقّ ނިޔާކޮށްދެއްވާނެއެވެ. އަދި އެކަލާނގެއީ އެންމެހެޔޮކޮށް ނިޔާކުރައްވާ ކަލާނގެއެވެ.
-
6:58
قُل لَّوْ أَنَّ عِندِى مَا تَسْتَعْجِلُونَ بِهِۦ لَقُضِىَ ٱلْأَمْرُ بَيْنِى وَبَيْنَكُمْ ۗ وَٱللَّهُ أَعْلَمُ بِٱلظَّـٰلِمِينَ
Q̣ul law ʹanna ʻiñdee maa- tastaʻjiloona bihee laq̣uḍiyal ʹamru baynee wa-baynakum. Wallaahu ʹaʻlamu biz̤̣z̤̣aalimeen.
ކަލޭގެފާނު ވިދާޅުވާށެވެ! އެއެއްޗެއް އަވަސްވުމަށް ކަލޭމެން ތިޔައެދޭއެތި ތިމަންކަލޭގެފާނުންގެ އަރިހުގައިވާނަމަ ތިމަންކަލޭގެފާނާއި ކަލޭމެންނާއިދެމެދު ކަންވެ ނިމިއްޖައީހެވެ. (އަދި ކަމުގެ މުގޫވަނީ ﷲ އަށެވެ. އެ عذاب ފޮނުއްވާނޭ وقت އެއް އަދި އޭގެ މިންވަރެއް ދެނެވޮޑިގަންނަވަނީ ހަމަ އެކަލާނގެއެވެ.) އަދި އަނިޔާވެރިންނާމެދު (ކަންތައްކުރައްވާނެގޮތެއް) ދެނެވޮޑިގަތުން ބޮޑީ ހަމަ ﷲ އެވެ.
-
6:59
۞ وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِى ظُلُمَـٰتِ ٱلْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِى كِتَـٰبٍ مُّبِينٍ
Wa-ʻiñdahoo mafaatiḥul G̣aybi laa- yaʻlamuhaaa ʹillaa Hoo. Wayaʻlamu maa- fil barri wal-baḥr. Wa-maa tasq̣uṭu miñw waraq̣atin ʹillaa yaʻlamuhaa wa-laa ḥabbatiñ fee z̤̣ulumaatil ʹarḍi wa-laa raṭbiñw wa-laa yaabisin ʹillaa fee Kitaabim Mubeen.
އަދި غيب ގެ ތަޅުދަނޑިތައްވަނީ ހަމަ ﷲ ގެ حضرة ގައެވެ. އެތަކެތި ހަމަ އެކަލާނގެއަށްމެނުވީ ނޭނގެއެވެ. (ابن عبّاس ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވަނީ އެއީ މައިގަނޑު ފަސްއެއްޗެކެވެ. لقمان ސޫރަތް ނިމޭތާ بيان ވެގެން އެވަނީ އެފަސްކަމެވެ. އެއީ (1) قيامة ވާނެވަގުތެއް އެނގުން. (2) ވާރޭވެހުމާއި ބެހޭ ކަންތައްތައް އެނގުން. (3) މައިމީހާގެ رَحِمُ ގައިވާ ސިއްރުތައް އެނގުން. (4) މާދަމާ ކުރާނެކަމެއްވެސް އެނގުން. (5) މަރުވާނީ ކޮންރަށަކުކަން ކޮން ބިމަކުކަން އެނގުން. މި ފަސްކަމެވެ. والله أعلم) ފަހެ މިކަންކަން އެކަލާނގެ ނޫން ހަމައެކަކަށްވެސް ނޭނގެއެވެ. އަދި އެއްގަމާއި ކަނޑުގައިވާހާކަމެއްވެސް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި ގަހަކުން ވެއްޓޭ ފަތެއްވިޔަސް އެ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވާ މެނުވީ ނުވެއެވެ. އަދި ބިމުގެ އަނދިރި ތަންތާނގެ އަނދިރީގައިވާ އޮށްޓަރެއްވިޔަސް އަދި ތެތް ރޯ އަދި ތާޒާއެއްޗެއްކަމުގައިވިޔަސް އަދި ނުވަތަ ހިކިފައިވާ އެއްޗެއްކަމުގައިވިޔަސް އެ އެއްޗެއް بيان ވެގެންވާ ފޮތެއްގައި ލިޔެވިގެންވާމެނުވީ ނުވެއެވެ. އެއީ لوح المحفوظ އެވެ. (އެބަހީ އެއްގަމާއި ކަނޑުގެ އަދި އުޑުތަކާއި ބިމުގެ އަދި އެދެމެދުގައިވާހާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. ހުރިހާ އެއްޗެއް ދެނެވޮޑިގެންވެއެވެ.)
-
6:60
وَهُوَ ٱلَّذِى يَتَوَفَّىٰكُم بِٱلَّيْلِ وَيَعْلَمُ مَا جَرَحْتُم بِٱلنَّهَارِ ثُمَّ يَبْعَثُكُمْ فِيهِ لِيُقْضَىٰٓ أَجَلٌ مُّسَمًّى ۖ ثُمَّ إِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
Wa-Huwal laẓee yatawaffaakum̃ billayli wayaʻlamu maa- jaraḥtum̃ bin-nahaari s̤umma yabʻas̤ukum feehi liyuq̣ḍaaa ʹajalum musammaa. S̤umma ʹilayhi marjiʻukum s̤umma yunabbiʹukum̃ bimaa kuñtum taʻmaloon.
އަދި ރޭގަނޑުގެ ވަގުތުތަކުގައި (އެބަހީ ނިދާއިރު) ކަލޭމެންގެ ފުރާނަތައް ހިފަހައްޓަވަނީ ހަމަ އެކަލާނގެއެވެ. އަދި ދުވާލުގެ ވަގުތުތަކުގައި ކަލޭމެން ކަލޭމެންގެ ގުނަވަންތަކުން ކުރާ ކަންތައްތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ދެން އަލުންވެސް (އެބަހީ: ރޭގަނޑު ފުރާނަތައް ހިފެހެއްޓެވުމަށްފަހު / ހިއްޕެވުމަށްފަހު) ދެން އަލުންވެސް ދުވާލު އެކަލާނގެ ކަލޭމެންގެ ފުރާނަތައް ފޮނުއްވައެވެ. އެއީ ކަނޑައެޅިގެންވާ مُدّة އަކާއި ހަމައަށް ކަލޭމެން މަސައްކަތްކޮށް އުޅުމަށެވެ. (އެއީ ދުނިޔޭގެ حياة ވޭތިކޮށް މަރުވާންދެންނެވެ. ދެން އަލުންވެސް ކަލޭމެން (قيامة ދުވަހުން) رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. ދެން އެކަލާނގެ ކަލޭމެން ދުނިޔޭގައިތިބެގެން ކުރާކަމުގައި ވީކަންތަކުގެ خبر ދެއްވާނެއެވެ.
-
6:61
وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ
Wa-Huwal Q̣aahiru fawq̣a ʻibaadihee wa-yursilu ʻalaykum ḥafaz̤̣ah. Ḥattaaa ʹiẓaa jaaaʹa ʹaḥadakumul mawtu tawaffathu rusulunaa wahum laa- yufarriṭoon.
އަދި އެކަލާނގެއީ (ހުރިހާތަކެތި ނިކަމެތިކުރައްވާ ބަލިކުރައްވާ) އަޅުތަކުންގެ މައްޗަށް ގަދަފަދަވެ ވޮޑިގެންވާ ކަލާނގެއެވެ. އަދި ކަލޭމެންނާއި ކަލޭމެންގެ عمل ތައްވެސް ރައްކާތެރިކޮށް ބެލެހެއްޓެވުމަށް އެކަލާނގެ ކަލޭމެންގެމައްޗަށް حَفَظَة ން ފޮނުއްވައެވެ. އެއީ ރައްކާތެރިކަމާއިއެކު ކަލޭމެން ބަލަހައްޓަވާ މަލާއިކަތް ބޭކަލުންނެވެ. ކަލޭމެންކުރެ މީހަކަށް މަރުއަތުވެއްޖައުމަށްދާންދެނެވެ. ދެން ތިމަންރަސްކަލާގެ ފޮނުއްވި މަލާއިކަތްބޭކަލުން އޭނާ މަރުހިއްޕަވައެވެ. (އެއީ مَلَكُ الْمَوْتُ ގެ أعوانُ ންނެވެ. / އެހީތެރިންނެވެ.) އަދި އެބޭކަލުން އެއިން ފުރާނައެއް ގެއްލެނި ނުކުރައްވާހުއްޓެވެ.
-
6:62
ثُمَّ رُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۚ أَلَا لَهُ ٱلْحُكْمُ وَهُوَ أَسْرَعُ ٱلْحَـٰسِبِينَ
S̤umma ruddooo ʹilal laahi Mawlaahumul Ḥaq̣q̣. ʹAlaa lahul Ḥukmu wa-Huwa ʹAsraʻul ḥaasibeen.
ދެން އެމީހުންގެ حقّ ވަންތަ ސަހަރޯވެރިއަކުކަމުގައިވާ ﷲ ގެ حضرة އަށް އެފުރާނަތައް ރައްދުކުރެވޭނެއެވެ. ދަންނާށެވެ! އެންމެހައި حكم އަކާއި ނިޔާއެއް މިލްކުވެ خاصّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ އެންމެ އަވަސްކޮށް ހިސާބުބައްލަވާ ކަލާނގެއެވެ.
-
6:63
قُلْ مَن يُنَجِّيكُم مِّن ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ تَدْعُونَهُۥ تَضَرُّعًا وَخُفْيَةً لَّئِنْ أَنجَىٰنَا مِنْ هَـٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ
Q̣ul mañy yunajjeekum miñ z̤̣ulumaatil barri walbaḥri tadʻoonahoo taḍarruʻañw wakhufyah: laʹin ʹañjaanaa min haaẓihee lanakoonanna minash shaakireen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެއްގަމާއި ކަނޑުގެ އަނދިރިތަކުން ކަލޭމެން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟ (އެފަދަ حال ގައި) ކަލޭމެން ދެރަވެގެންވާ حال ގައިވެސް އަދި ސިއްރުންވެސް ކަލޭމެން دعاء ކުރާނީ ހަމަ އެކަލާނގެއަށެވެ. (އަދި ކަލޭމެން ދަންނަވާނެއެވެ.) އިބަރަސްކަލާނގެ އަޅަމެން މިއަނދިރިކަމުން ސަލާމަތްކޮށްދެއްވައިފިއްޔާ ހަމަކަށަވަރުން شكر ކުރާމީހުންގެ ތެރެއިން އަޅަމެންވާހުށީމެވެ.
-
6:64
قُلِ ٱللَّهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍ ثُمَّ أَنتُمْ تُشْرِكُونَ
Q̣ulil laahu yunajjeekum minhaa wa-miñ kulli karbiñ s̤umma ʹañtum tushrikoon!
ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އެކަމުންނާއި އަދި ކޮންމެ މޮޅިޔަކާއި ހިތާމައަކުން ސަލާމަތްކޮށްދެއްވާނީ ހަމަ ﷲ އެވެ. ދެން އަލުންވެސް ކަލޭމެން شرك ކުރަނީއެވެ.
-
6:65
قُلْ هُوَ ٱلْقَادِرُ عَلَىٰٓ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَـٰتِ لَعَلَّهُمْ يَفْقَهُونَ
Q̣ul Huwal q̣aadiru ʻalaaa ʹañy yabʻas̤a ʻalaykum ʻaẓaabam miñ fawq̣ikum ʹaw miñ taḥti ʹarjulikum ʹaw yalbisakum shiyaʻañw wayuẓeeq̣a baʻḍakum̃ baʹsa baʻḍ. ʹUñz̤̣ur kayfa nuṣarriful ʹAayaati laʻallahum yafq̣ahoon.
ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެންގެމަތިން ނުވަތަ ކަލޭމެންގެ ފައިތަކުގެދަށުން ކަލޭމެންގެމައްޗަށް عذاب އެއް ފޮނުއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވަނީ ހަމަ އެކަލާނގެއަށެވެ. ނުވަތަ ކަލޭމެން ތަފާތު ބައިބަޔަށްލައްވައި ތަފާތު راى ތަކާއި އެދުންތަކެއްގެ ވެރިބަޔަކުކަމުގައި ލެއްވުމަށްވެސް އަދި ކަލޭމެންކުރެ އެއްބައެއްގެ ބާރުގެ ރަހަ އަނިޔާވެރިކަމުގެ عذابގެ ރަހަ ދެއްކެވުމަށްވެސް ހަމަ ކުޅަދުންވަންތަވެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ. (އޭ رسول ﷲ އެވެ!) އެމީހުން ވިސްނާ فكر ކުރޭތޯ ތިމަންރަސްކަލާނގެ އެކިއެކި ތަފާތު دليل ތަކާއި حجّة ތައް ގެންނަވާ ބަދަލުކުރައްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ!
-
6:66
وَكَذَّبَ بِهِۦ قَوْمُكَ وَهُوَ ٱلْحَقُّ ۚ قُل لَّسْتُ عَلَيْكُم بِوَكِيلٍ
Wa-kaẓ-ẓaba bihee q̣awmuka wa-huwal Ḥaq̣q̣. Q̣ul lastu ʻalaykum̃ bi-Wakeel;
(އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ قوم ގެމީހުން މި قرآن ދޮގުކުރީއެވެ. އަދި އެއީ ހަމަ ކަނޑައެޅިގެން حقّ އެވެ. (އަދި) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެންގެ މައްޗަށްވާ وكيل އަކުކަމުގައި ތިމަންކަލޭގެފާނު ނުވެއެވެ.
-
6:67
لِّكُلِّ نَبَإٍ مُّسْتَقَرٌّ ۚ وَسَوْفَ تَعْلَمُونَ
Likulli nabaʹim mustaq̣arruñw wasawfa taʻlamoon.
ކޮންމެ خبر އަކަށްވެސް قرار ވުމެއްވެއެވެ. حقيقة ހާމަވުމެއް ވެއެވެ. ތެދުދޮގު އެނގޭނެ ވަގުތެއް އަދި ތަނެއްވެއެވެ. (ދުނިޔެމަތީ قرآن ގެ ތެދުކަން ސާބިތުކުރެވުނު އެންމެ مهمّ އެއްތަނަކީ ބަދުރު ހަނގުރާމައެވެ. ދެން އޮތީ قيامة ދުވަހެވެ.) އަދި ނިކަންހުރެ ކަލޭމެނަށް އެކަންކަން އެނގިދާނެއެވެ.
-
6:68
وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَـٰتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦ ۚ وَإِمَّا يُنسِيَنَّكَ ٱلشَّيْطَـٰنُ فَلَا تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ
Wa-ʹiẓaa raʹaytal laẓeena yakhooḍoona feee ʹAayaatinaa faʹaʻriḍ ʻanhum ḥattaa yakhooḍoo fee ḥadees̤in g̣ayrih. Wa-ʹimmaa yuñsiyannakash Shayṭaanu falaa taq̣ʻud baʻdaẓ ẓikraa maʻal q̣awmiz̤̣ z̤̣aalimeen.
އަދި ތިމަންރަސްކަލާނގެ އާޔަތްތައް باطل ކޮށް ދޮގުކުރުމަށް ފީނާ ވަދެ އުޅޭބަޔަކު ކަލޭގެފާނަށް ފެނިވަޑައިގެންފިއްޔާ ފަހެ ކަލޭގެފާނު އެމީހުނާ ދުރަށް އެނބުރި ވަޑައިގަންނަވާށެވެ! އެއީ އެމީހުން އެ قرآن ގެ ވާހަކަނޫން އެހެން ވާހަކައެއްގެތެރެއަށް ވަދެ ފީނައިގަންނާންދެނެވެ. އަދި ފަހަރެއްގައި شيطان އާގެ ސަބަބުން އެސޮރު އެކަން ހަނދުމަފުޅު ނެތިކޮށްލެއްވިޔަސް ހަމަ ހަނދުމަފުޅުވާއިރަށް އެމީހުންގެތެރެއިން ދުރުވެވަޑައިގަންނަވާށެވެ! އެމީހުންގެތެރޭ އިށީނދެވަޑައިނުގަންނަވާށެވެ! ހަނދުމަފުޅުވުމަށްފަހު ދެން އެ އަނިޔާވެރިންނާއިއެކު (އެ مشرك ންނާއި އެކު) އިށީނދެވަޑައިނުގަންނަވާށެވެ!
-
6:69
وَمَا عَلَى ٱلَّذِينَ يَتَّقُونَ مِنْ حِسَابِهِم مِّن شَىْءٍ وَلَـٰكِن ذِكْرَىٰ لَعَلَّهُمْ يَتَّقُونَ
Wa-maa ʻalal laẓeena yattaq̣oona min ḥisaabihim miñ shayʹiñw walaakiñ Ẓikraa laʻallahum yattaq̣oon.
އަދި تقوى ވެރިވީމީހުންގެމައްޗަކަށް އެމީހުންގެ (ފާފައިގެތެރެއިން) ހިސާބުކުރައްވާއިރު އެއްވެސް މިންވަރެއް ނުވާނެއެވެ. އަދި އެކަމަކު އެއީ ހަނދާންކޮށްދިނުމެކެވެ. ދުނިޔެމަތީގައި ކުރެވުނު ކަންތައް އެމީހުނަށް ހަނދާންކޮށްދިނުމެކެވެ. (އެމީހުން ކުރި ކަންތައް ހަމައެކަނި ހުށައަޅައިލައްވާނެއެވެ.)
-
6:70
وَذَرِ ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَعِبًا وَلَهْوًا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ وَذَكِّرْ بِهِۦٓ أَن تُبْسَلَ نَفْسٌۢ بِمَا كَسَبَتْ لَيْسَ لَهَا مِن دُونِ ٱللَّهِ وَلِىٌّ وَلَا شَفِيعٌ وَإِن تَعْدِلْ كُلَّ عَدْلٍ لَّا يُؤْخَذْ مِنْهَآ ۗ أُو۟لَـٰٓئِكَ ٱلَّذِينَ أُبْسِلُوا۟ بِمَا كَسَبُوا۟ ۖ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْفُرُونَ
Wa-ẓaril laẓeenat takhaẓoo deenahum laʻibañw walahwañw wag̣arrathumul ḥayaatud dunyaa waẓakkir biheee ʹañ tubsala nafsum bimaa kasabat: laysa lahaa miñ doonil laahi waliyyuñw walaa shafeeʻ. Wa-ʹiñ taʻdil kulla ʻadlil laa yuʹkhaẓ minhaa. ʹUlaaaʹikal laẓeena ʹubsiloo bimaa kasaboo. Lahum sharaabum min ḥameemiñw waʻaẓaabun ʹaleemum bimaa kaanoo yakfuroon.
އަދި އެމީހުންގެ ދީން އެއީ ކުޅިވަރު އަދި މަލާމާތް ކުރެވޭ އެއްޗެއްކަމުގައި ހަދައި އަދި ދުނިޔޭގެ حياة އެމީހުން ހައްލައިލި މީސްތަކުން ކަލޭގެފާނުން ދޫކޮށްލާށެވެ! އަދި މި قرآن ން ކަލޭގެފާނު އެމީހުންނަށް ހަނދާންކޮށްދެއްވާ نصيحة ދެއްވާށެވެ! އެއީ އެއްވެސް نفس އެއް އެ نفس އެއް ކުރި ފާފައިގެ ސަބަބުން ހަލާކުގެތެރެއަށް ވެއްޓިދާނެތީއެވެ. (ނުވެއްޓުމަށްޓަކައެވެ. ދެން އަދި އޭރުންވެސް) ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިޔަސް އަދި شفاعة ތެރިޔަކުވިޔަސް އެމީހުންނަކަށް ނުވެއެވެ. އަދި (އެފާފަކުރި نفس އެއް) ކިތަންމެ فدية އެއް (قيامة ދުވަހުން) ދިނަސް އެ نفس ގެ ފަރާތުން އެ فدية ނުހިފެވޭނެއެވެ. قبول ނުވެވޭނެއެވެ. އެފަދަ މީހުންނީ އެމީހުން ކުރި ފާފައިގެ ސަބަބުން ހަލާކުގެތެރެއަށް އެއްލެވުނުމީހުންނެވެ. عذاب އަށް ހުށަހެޅުނުމީހުންނެވެ. އެމީހުންނަށް (قيامة ދުވަހުން) ހުންނަހުށީ ހޫނުކަން އޭގެ ނިހާޔަތަށް ގޮސްފައިވާ ހޫނުފެނުގެ ބުއިމެކެވެ. އަދި ވޭންދެނިވި عذاب އެވެ. އެއީ އެމީހުން ކާފަރުވާކަމުގައިވީކަމުގެ ސަބަބުންނެވެ.
-
6:71
قُلْ أَنَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعْقَابِنَا بَعْدَ إِذْ هَدَىٰنَا ٱللَّهُ كَٱلَّذِى ٱسْتَهْوَتْهُ ٱلشَّيَـٰطِينُ فِى ٱلْأَرْضِ حَيْرَانَ لَهُۥٓ أَصْحَـٰبٌ يَدْعُونَهُۥٓ إِلَى ٱلْهُدَى ٱئْتِنَا ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ ٱلْعَـٰلَمِينَ
Q̣ul ʹanadʻoo miñ doonil laahi maa laa- yañfaʻunaa wa-laa yaḍurrunaa wa-nurraddu ʻalaaa ʹaʻq̣aabinaa baʻda ʹiẓ hadaanal laahu kal-laẓis tahwathush shayaaṭeenu fil ʹarḍi ḥayraan. Lahooo ʹaṣḥaabuñy yadʻoonahooo ʹilal hudaʹ tinaa. Q̣ul ʹinna hudal laahi huwal hudaa. Wa-ʹumirnaa linuslima lirabbil ʻAalameen:―
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެމެންނަށް އެއްވެސް منفع އެއް ނުދެވޭ އަދި އަހުރެމެންނަށް އެއްވެސް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް (ބުދުތަކާއި ދެންވެސް އެބާވަތުގެ ތަކެއްޗަށް) ﷲ ފިޔަވައި އަހުރެމެން ގޮވާ دعاء ކޮށްހަދަންވީހެއްޔެވެ؟ އަދި ﷲ تعالى އަހުރެމެންނަށް ތެދުމަގު ދެއްކެވުމަށްފަހު އަހުރެމެން އަހުރެމެންގެ ފުންނާބުތަކުގެމައްޗަށް ރައްދުވާންވީހެއްޔެވެ؟ އެބަހީ إسلام ކަން ދޫކޮށް އަލުންވެސް ކާފަރުވާންވީހެއްޔެވެ؟ އެއީ شيطان އާއި تبع ވެގެން އޭނާ މަގުފުރެދި حيران ވެގެން ބިންމަތީގައި (ދާނެތަނެއް ނޭނގި) ހުންނަމީހަކު ފަދައިން ހެއްޔެވެ؟ އަދި އޭނާޔަށް އެކުވެރިންތަކެއްވެއެވެ. އެމީހުން އޭނާޔަށް ތެދުމަގަށް އައުމަށް ގޮވައެވެ. އަހުރެމެން ކައިރިޔަށް އަންނާށޭ ގޮވައެވެ. (އެކަމަކު އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާވަނީ حيران ވެފައެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތެދުމަގަކީ ﷲ ގެ ތެދުމަގެވެ. އަދި އަހުރެމެންނަށް أمر ވެވިގެންވަނީ عالم ތަކުގެ ވެރި ربّ އަށް ކިޔަމަންތެރިވުމަށެވެ. • ދަންނައެވެ! މިއާޔަތުގެ ترجمة ގައި އަދި އެހެންގޮތަކަށް علم ވެރިން ލިއުއްވާފައިވެއެވެ. އޭނާޔަށް އެކުވެރިންތަކެއް ވެއެވެ. އޮތްބަސްފުޅުން މުރާދުކުރެވެނީ شيطان އާކަމަށާއި އަދި އެ شيطان އާއަށް އެކުވެރިންތަކެއްވާކަމަށެވެ. އަދި އެއެކުވެރިން އެ حيران ވެގެންވާމީހާއަށް އަންނާށޭ (އޮޅުވައިލައިގެން އަހުރެމެން ކައިރިއަށް މިތެދުމަގަށް އަންނާށޭ) ގޮވާނެކަމަށެވެ. އެހެންވެ ﷲ އެކަލާނގެ رسول އާއަށް އެއަންގަވަނީ ތެދުމަގަކީ ހަމަ ﷲ ގެ ތެދުމަގުކަމަށެވެ. އެސޮރުމެން އެގޮވާ ތެދުމަގުނޫންކަމަށެވެ...... والله أعلم بالصّواب
-
6:72
وَأَنْ أَقِيمُوا۟ ٱلصَّلَوٰةَ وَٱتَّقُوهُ ۚ وَهُوَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ
Wa-ʹan ʹaq̣eemuṣ Ṣalaata wattaq̣ooh; wa-Huwal laẓeee ʹilayhi tuḥ-sharoon.
(އަދި އަހުރެމެންނަށް أمر ވެވިގެންވަނީ) ނަމާދު قائم ކުރުމަށާއި އަދި އަހުރެމެން އެކަލާނގެއަށް تقوى ވެރިވެތިބުމަށެވެ. އަދި އެކަލާނގެއީ ހަމަ އެކަލާނގެ حضرة އަށް ކަލޭމެން محشر ކުރެވޭނެ ފަރާތެވެ. އެއްކުރެވޭނެ ފަރާތެވެ.
-
6:73
وَهُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ وَيَوْمَ يَقُولُ كُن فَيَكُونُ ۚ قَوْلُهُ ٱلْحَقُّ ۚ وَلَهُ ٱلْمُلْكُ يَوْمَ يُنفَخُ فِى ٱلصُّورِ ۚ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ
Wa-Huwal laẓee khalaq̣as samaawaati wal-ʹarḍa bilḥaq̣q̣: wa-yawma yaq̣oolu kuñ Fayakoon. Q̣awluhul Ḥaq̣q̣. Wa-lahul mulku Yawma yuñfakhu fiṣ Ṣoor. ʻAalimul g̣aybi washshahaadah. Wa-Huwal Ḥakeemul Khabeer.
އަދި حقّ ގޮތުގައި އުޑުތަކާއި ބިންހެއްދެވީވެސް ހަމަ އެކަލާނގެއެވެ. އަދި އެންމެހައި ތަކެއްޗަށް "ވާށޭ" އަންގަވައި އެކަލާނގެ وحي ކުރައްވާދުވަހުން ދެން އެތަކެތި އެވީއެވެ. ހުރިހާ ތަކެތި އަލުން إعاد ވީއެވެ. އެކަލާނގެ އެބަސްފުޅު އެއީ ހަމަ حقّ ބަސްފުޅެވެ. އަދި ތާޅަފިލިފުންމަވައިލެވޭދުވަހުގެ ވެރިކަން خاصّ ވެގެންވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ އެއީ غيب ގައިވާ ކަންތަކާއި ފައުޅުގައިވާކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއީ حكمة ވަންތަ އަދި خبر ތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
6:74
۞ وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ ءَازَرَ أَتَتَّخِذُ أَصْنَامًا ءَالِهَةً ۖ إِنِّىٓ أَرَىٰكَ وَقَوْمَكَ فِى ضَلَـٰلٍ مُّبِينٍ
Wa-ʹiẓ q̣aala ʹIbraaheemu liʹabeehi ʹAazara ʹatattakhiẓu ʹaṣnaaman ʹaalihah? ʹInneee ʹaraaka wa-q̣awmaka fee ḍalaalim mubeen.
އަދި إبراهيم (عليه السّلام) އެކަލޭގެފާނު ބައްޕަ ءَازر އަށް ވިދާޅުވިހިނދު (ހަނދުމަފުޅު ކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. ބައްޕަ ބުދުތަކެއް إله ންތަކެއްކަމުގައި ބަލަނީހެއްޔެވެ؟ އެއީ إله ންކަމުގައި ހަދައި إختيار ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން އަހުރެން ދެކެނީ ބައްޕައާއި އަދި ބައްޕަގެ قوم ގެމީހުން بيان ވެގެންވާ މަގުފުރެދުމެއްގައިވާތީއެވެ.
-
6:75
وَكَذَٰلِكَ نُرِىٓ إِبْرَٰهِيمَ مَلَكُوتَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلِيَكُونَ مِنَ ٱلْمُوقِنِينَ
Wa-kaẓaalika nureee ʹIbraaheema Malakootas samaawaati wal-ʹarḍi wa-liyakoona minal Mooq̣ineen.
އަދި ހަމައެފަދައިން (އެބަހީ حقّ އަށް އެކަލޭގެފާނަށް ތެދުމަގުދެއްކެވިފަދައިން) إبراهيم (عليه السّلام) އަށް އުޑުތަކާއި ބިމުގެ دليل ތައް / ނުވަތަ ملك ތައް ތިމަންރަސްކަލާނގެ ދައްކަވަނީ އެފަދައިންނެވެ. އެއީ އެކަލޭގެފާނު (توحيد އާއި هداية) يقين ކުރާ މީހުންގެތެރެއިންވުމަށްޓަކައެވެ.
-
6:76
فَلَمَّا جَنَّ عَلَيْهِ ٱلَّيْلُ رَءَا كَوْكَبًا ۖ قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلْـَٔافِلِينَ
Falammaa janna ʻalayhil laylu raʹaa kaw-kabaa. Q̣aala haaẓaa Rabbee. Falammaaa ʹafala q̣aala laaa ʹuḥibbul ʹaafileen.
ދެންފަހެ ރޭގަނޑު އަނދިރިވުމުން އެކަލޭގެފާނު - يعني: إبراهيم (عليه السّلام) ތަރިއެއް ދެކެވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. (އެއީ ހިތާހިތާއެވެ.) މިއީ އަހުރެންގެ رَبّ އެވެ. ދެން އެތަރި ނިވައިވުމުން ވިދާޅުވިއެވެ. ނިވައިވެ غائب ވާއެއްޗަކަށް އަހުރެން ލޯތްބެއް ނުކުރަމެވެ. (ނުކުރާނަމެވެ.)
-
6:77
فَلَمَّا رَءَا ٱلْقَمَرَ بَازِغًا قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَئِن لَّمْ يَهْدِنِى رَبِّى لَأَكُونَنَّ مِنَ ٱلْقَوْمِ ٱلضَّآلِّينَ
Falammaa raʹal q̣amara baazig̣añ q̣aala haaẓaa Rabbee. Falammaaa ʹafala q̣aala laʹil lam yahdinee Rabbee laʹakoonanna minal q̣awmiḍ ḍaaalleeen.
ދެންފަހެ ހަނދު އަރައިގެން އަންނާތީ އެކަލޭގެފާނު ދެކެވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އަހުރެންގެ رَبّ އެވެ. ދެން އޭތި غائب ވީހިނދުން - ނިވައިވީހިނދުން - އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންގެ رَبّ އަހުރެންނަށް ތެދުމަގު ނުދެއްކެވީވިއްޔާ ހަމަކަށަވަރުން އަހުރެންވާހުށީ މަގުފުރެދިގެންވާ މީހުންގެތެރެއިންނެވެ.
-
6:78
فَلَمَّا رَءَا ٱلشَّمْسَ بَازِغَةً قَالَ هَـٰذَا رَبِّى هَـٰذَآ أَكْبَرُ ۖ فَلَمَّآ أَفَلَتْ قَالَ يَـٰقَوْمِ إِنِّى بَرِىٓءٌ مِّمَّا تُشْرِكُونَ
Falammaa ra ʹash-shamsa baazig̣atañ q̣aala haaẓaa Rabbee haaẓaaa ʹakbar. Falammaaa ʹafalat q̣aala yaa-q̣awmi ʹinnee bareeʹum mimmaa tushrikoon.
ދެންފަހެ އިރުއަރައިގެން އަންނަތަން އެކަލޭގެފާނު ދެކެވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އަހުރެންގެ رَبّ އެވެ. (މިތިން އެތިންކުރެ) އެންމެބޮޑީ މިއެވެ. ދެންފަހެ އޭތި ނިވައިވެ غائب ވީހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. - އޭއަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން އަހުރެން މިވަނީ ކަލޭމެން ތިޔަ شريك ކުރާ ތަކެތީން - ﷲ އާއި ކަލޭމެން ތިޔަބައިވެރިކުރާ ތަކެތީން - ހަމަ މުޅިން ބަރީއަވެގެންނެވެ. (ދުރުވެ އެއްފަރާތްވެގެންނެވެ.)
-
6:79
إِنِّى وَجَّهْتُ وَجْهِىَ لِلَّذِى فَطَرَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ حَنِيفًا ۖ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ
ʹInnee waj-jahtu wajhiya lillaẓee faṭaras samaawaati wal-arḍa ḥaneefañw wamaaa ʹana minal mushrikeen.
ހަމަކަށަވަރުން އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ފަރާތަށް - (ﷲ އަށް) އަހުރެން އަހުރެންގެ މޫނު ކުރިމަތިކޮށްފީމެވެ. (އެފަރާތަށް އަހުރެން ކިޔަމަންތެރިވެއްޖައީމެވެ.) އެއީ إخلاص ތެރިވެގެންވާ حال توحيد އަށް ސީދާވެގެންނެވެ. އަދި مشرك ންގެތެރެއިން އަހުރެން ނުވަމެވެ.
-
6:80
وَحَآجَّهُۥ قَوْمُهُۥ ۚ قَالَ أَتُحَـٰٓجُّوٓنِّى فِى ٱللَّهِ وَقَدْ هَدَىٰنِ ۚ وَلَآ أَخَافُ مَا تُشْرِكُونَ بِهِۦٓ إِلَّآ أَن يَشَآءَ رَبِّى شَيْـًٔا ۗ وَسِعَ رَبِّى كُلَّ شَىْءٍ عِلْمًا ۗ أَفَلَا تَتَذَكَّرُونَ
Wa-haaaj-jahoo q̣aw-muh. Q̣aala ʹa-tu-ḥaaaj-jooon-nee fil laahi wa-q̣ad hadaan? Wa-laaa ʹakhaafu maa- tushrikoona biheee ʹillaaa ʹañy yashaaaʹa Rabbee shayʹaa. Wasiʻa Rabbee kulla shayʹin ʻilmaa. ʹAfalaa tataẓakkaroon?
އަދި އެކަލޭގެފާނުންގެ قوم ގެމީހުން (توحيد އާއިމެދު - އެބަހީ ﷲ ގެ އެއްކައުވަންތަކަމާއިމެދު) އެކަލޭގެފާނާ ޖަދަލުކުރިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ﷲ އާއިމެދު އަހުރެންނާއި ޖަދަލުކުރަނީހެއްޔެވެ؟ ހަމަކަށަވަރުން އެކަލާނގެ އަހުރެންނަށް ތެދުމަގުދައްކަވައިފިއެވެ. (އެކަލާނގެ އެއްކައުވަންތަކަން ދެނެގަތުމާ حقّ މަގަށް އެކަލާނގެ އަހުރެންނަށް މަގުދެއްކެވިއެވެ.) އަދި އަހުރެންގެ ربّ އެދިވޮޑިގަންނަވާ ކަމެއްގައިމެނުވީ (އެބަހީ އެކަލާނގެ حضرة ން އަންނަ ބިރުވެރިކަމަކަށް މެނުވީ) ކަލޭމެން ތިޔަ އެކަލާނގެއާއި شريك ކުރާ ތަކެއްޗަށް (އެބުދުތަކަށް) އަހުރެން ބިރުނުގަންނަމެވެ. އަދި ހުރިހާ އެއްޗެއްގެމައްޗަށް އެކަލާނގެ ދެނެވޮޑިގަތުން ތަނަވަސްވެގެންވެއެވެ. ހުރިހާއެއްޗެއްގެ އެންމެހައި ކަމެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (ކަލޭމެންގެ ތިޔަބުދުތަކަށް އެކައްޗެއްވެސް ނޭނގެއެވެ.) ކަލޭމެން ފަހެ عبرة حاصل ކޮށް نصيحة ލިބިނުގަންނާނެހެއްޔެވެ؟
-
6:81
وَكَيْفَ أَخَافُ مَآ أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ عَلَيْكُمْ سُلْطَـٰنًا ۚ فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ
Wa-kayfa ʹakhaafu maaa ʹashraktum wa-laa takhaafoona ʹannakum ʹashraktum̃ billaahi maa- lam yunazzil bihee ʻalaykum sulṭaanaa? Faʹayyul fareeq̣ayni ʹaḥaq̣q̣u bil-amn? ʹIñ kuñtum taʻlamoon.
އަދި ކަލޭމެން شريك ކުރިކަމާއިމެދު - އަދި ކަލޭމެން شريك ކުރި ތަކެއްޗަށް އަހުރެން ބިރުގަންނަންވީ ކޮންފަދައަކުންހެއްޔެވެ؟ އަދި ހަމަކަށަވަރުން އެތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ މައްޗަށް ކަލޭމެންނަށް އެއްވެސް حجّة އެއް دليل އެއް ނުވާތަކެއްޗާއި ކަލޭމެން ﷲ އާއި ބައިވެރިކޮށް شريك ކުރާކަށް ބިރުނުގަނެއެވެ. ފަހެ (އަހުރެންނާއި ކަލޭމެނާއި) މިދެ جماعة ންކުރެ އަމާންކަމަށް حقّ ކަންބޮޑީ ކަލޭމެންނީ އެއްޗެއް އެނގޭބަޔަކުކަމުގައިވަންޏާ ކޮންބައެއްހެއްޔެވެ؟ (ނިކަން ބުނެބަލާށެވެ!)
-
6:82
ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَـٰنَهُم بِظُلْمٍ أُو۟لَـٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ
ʹAllaẓeena ʹaamanoo wa-lam yal-bisooo ʹeemaanahum̃ biz̤̣ulmin ʹulaaaʹika lahumul ʹamnu wa-hum Muhtadoon.
އީމާންވެގެންވާމީހުން އަދި އެމީހުންގެ އެ އީމާންކަމާއި އެއްވެސް އަނިޔާއެއް އެބަހީ އެއްވެސް شرك އެއް އެއްނުކޮށް މައްސުނި ނުކޮށް ތިބިމީހުން ދަންނައެވެ! (آخرة ދުވަހުން) އަމާންކަންހުރި ބަޔަކީ އެމީހުންނެވެ. އަދި (ދުނިޔޭގައި) ތެދުމަގު ލިބިގެންވާމީހުންނަކީވެސް އެއީއެވެ.
-
6:83
وَتِلْكَ حُجَّتُنَآ ءَاتَيْنَـٰهَآ إِبْرَٰهِيمَ عَلَىٰ قَوْمِهِۦ ۚ نَرْفَعُ دَرَجَـٰتٍ مَّن نَّشَآءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ
Wa-tilka ḥujjatunaaa ʹaataynaahaaa ʹibraaheema ʻalaa q̣awmih. Narfaʻu darajaatim man nashaaaʹ. Inna Rabbaka Ḥakeemun ʻAleem.
އަދި އެއީ ތިމަންރަސްކަލާނގެ حجّة ތަކެވެ. އެބަހީ: إبراهيم عليه السّلام އެކަލޭގެފާނުންގެ قوم ގެމީހުންނަށް އެވިދާޅުވި حجّة ތަކާއި دليل ތަކަކީ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވި دليل އެވެ. حجّة އެވެ. قوم ގެމީހުންގެމައްޗަށް دليل ދެއްކެވުމަށެވެ. ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކު އެތައް ދަރަޖަތަކަށް ތިމަންރަސްކަލާނގެ އުފުއްލަވަމެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ حكمة ވަންތަ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
6:84
وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيْمَـٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَـٰرُونَ ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
Wa-wahabnaa lahooo ʹIs-ḥaaq̣a wa-yaʻq̣oob: kullan hadaynaa: wa-Nooḥan hadaynaa miñ q̣ablu wa-miñ Ẓurriyyatihee Daawooda wa-Sulaymaana wa-ʹAyyooba wa-Yoosufa wa-Moosaa wa-Haaroon: wa-kaẓaalika najzil Muḥsineen:
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް - އެބަހީ إبراهيم عليه السّلام އަށް إسحاق ގެފާނު ދެއްވީމެވެ. އަދި (إسحاق ގެފާނުންގެ ދަރިކަލުން) يعقوب ގެފާނުން ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތިމަންރަސްކަލާނގެ ތެދުމަގުދެއްކެވީމެވެ. އަދި އޭގެކުރިން نوح (عليه السّلام) އަށް ތެދުމަގު ދެއްކެވީމެވެ. އަދި އެކަލޭގެފާނުންގެ އެބަހީ نوح (عليه السّلام) ގެ ދަރިފަސްކޮޅުން داؤد ގެފާނާއި سليمان ގެފާނާއި أيّوب ގެފާނާއި يوسف ގެފާނާއި موسى ގެފާނާއި އަދި هارون ގެފާނު (عليهم السّلام) މިއެންމެ ބޭކަލުން ފޮނުއްވީމެވެ. (މިއެންމެ ބޭކަލުންނީ إحسان ތެރި މާތް ބޭކަލުންނެވެ.) އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
-
6:85
وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ ٱلصَّـٰلِحِينَ
Wa-Zakariyyaa wa-Yaḥyaa wa-ʻEesaa wa-ʹIlyaas. Kullum minaṣ Ṣaaliḥeen.
އަދި زكريّا ގެފާނާއި يحيى ގެފާނާއި عيسى ގެފާނާއި إلياس ގެފާނާއި عليهم السّلام (މިއެންމެ ބޭކަލުންނަށް ތިމަންރަސްކަލާނގެ ތެދުމަގު ދެއްކެވީމެވެ.) މި އެންމެ ބޭކަލުންނީ صالح މާތްބޭކަލުންނެވެ.
-
6:86
وَإِسْمَـٰعِيلَ وَٱلْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى ٱلْعَـٰلَمِينَ
Wa-ʹIsmaaʻeela wal-Yasaʻa wa-Yoonusa wa-Looṭaa: wa-kullañ faḍḍalnaa ʻalal ʻaalameen:
އަދި إسماعيل ގެފާނާއި اَلْيَسَعُ ގެފާނާއި يُونُسُ ގެފާނާއި އަދި لوط ގެފާނާއި (عليهم السّلام) މިއިން ކޮންމެ ބޭކަލެއްވެސް (އެޒަމާނުގައިތިބި) މީސްތަކުންގެމައްޗަށް މާތްކުރެއްވީމެވެ.
-
6:87
وَمِنْ ءَابَآئِهِمْ وَذُرِّيَّـٰتِهِمْ وَإِخْوَٰنِهِمْ ۖ وَٱجْتَبَيْنَـٰهُمْ وَهَدَيْنَـٰهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Wa-min ʹaabaaaʹihim waẓurriyyaatihim wa-ʹikhwaa-nihim: waj-tabay-naahum wa-haday-naahum ʹilaa Ṣiraatim Mustaq̣eem.
އަދި އެބޭބޭކަލުންގެ ބަފައިންނާއި ދަރިފަސްކޮޅުންނާއި أخُ ންގެތެރެއިންވެސް (ބަޔަކަށް ތިމަންރަސްކަލާނގެ ތެދުމަގު ދެއްކެވީމެވެ.) އަދި ތިމަންރަސްކަލާނގެ އެބޭބޭކަލުން (رسول ކަމަށާއި نبي ކަމަށް) إختيار ކުރައްވާ خاصّ ކުރެއްވީމެވެ. އަދި ސީދާވެގެންވާ މަގަށް ތިމަންރަސްކަލާނގެ އެބޭކަލުންނަށް މަގުދެއްކެވީމެވެ.
-
6:88
ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَلَوْ أَشْرَكُوا۟ لَحَبِطَ عَنْهُم مَّا كَانُوا۟ يَعْمَلُونَ
Ẓaalika Hudal laahi yahdee bihee mañy yashaaaʹu min ʻibaadih. Wa-law ʹashrakoo laḥabiṭa ʻanhum maa kaanoo yaʻmaloon.
އެއީ ﷲ ގެ ތެދުމަގެވެ. އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ އެތެދުމަގު ދައްކަވައެވެ. އަދި އެބޭކަލުންވެސް އެބަހީ (رسول ބޭކަލުންނާއި نبيބޭކަލުންވެސް) ﷲ އަށް شريك ކުރެއްވިނަމަ ހަމަކަށަވަރުން އެބޭކަލުން ކުރައްވާ ހެޔޮ عمل ވެސް باطل ވާނެކަން ކަށަވަރެވެ.
-
6:89
أُو۟لَـٰٓئِكَ ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ۚ فَإِن يَكْفُرْ بِهَا هَـٰٓؤُلَآءِ فَقَدْ وَكَّلْنَا بِهَا قَوْمًا لَّيْسُوا۟ بِهَا بِكَـٰفِرِينَ
ʹUlaaaʹikal laẓeena ʹaataynaahumul Kitaaba wal-Ḥukma wan-Nubuwwah. Faʹiñy yakfur bihaa haaaʹulaaaʹi faq̣ad wak-kalnaa bihaa q̣awmal laysoo bihaa bi-Kaafireen.
އެބޭބޭކަލުންނީ ތިމަންރަސްކަލާނގެ އެބޭބޭކަލުންގެ މައްޗަށް ފޮތާއި حكم އާއި އަދި نبي ކަން ބާވައިލެއްވި ބޭކަލުންނެވެ. އަދި މިމީހުން (އެބަހީ: މި قريش ން) އެއަށް އެބަހީ އީމާންކަމަށް ކާފަރު ވެއްޖެ ނަމަ ތިމަންރަސްކަލަނގެ އެހެން ބަޔަކާ އެކަން ޙަވާލުކުރައްވާ ހުށީމެވެ. އެމީހުން އެއާޔަތްތަކަށް ކާފަރުވާބަޔަކުކަމުގައި ނުވާނެއެވެ. (އެބަޔަކީ އެއީ مدينة ގެ أنصار ންކަމުގައި / އަދި ކުރީ ނަންގަނެވުނު އަށާރަ نبي ބޭކަލުންކަމާއި އަދި އެއީ مهاجر ންނާއި أنصار ންކަމާއި މިހުރިހާގޮތަށް علم ވެރިންމެދުގައި خيال ތަފާތުވެގެންގޮސްފައިވެއެވެ. والله أعلم بالصّواب)
-
6:90
أُو۟لَـٰٓئِكَ ٱلَّذِينَ هَدَى ٱللَّهُ ۖ فَبِهُدَىٰهُمُ ٱقْتَدِهْ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَـٰلَمِينَ
ʹUlaaaʹikal laẓeena hadal laahu fabihudaahumuq̣ tadih. Q̣ul laaa ʹasʹalukum ʻalayhi ʹajraa: ʹIn huwa illaa Ẓikraa lil-ʻaalameen.
ފަހެ އެބޭބޭކަލުންނީ ﷲ އެބޭކަލުންނަށް ތެދުމަގުދެއްކެވި ބޭކަލުންނެވެ. ފަހެ އެބޭކަލުންގެ ތެދުމަގާއި ކަލޭގެފާނުން إفتداء ވެވަޑައިގަންނަ ވާށެވެ! تبع ވެވަޑައިގަންނަ ވާށެވެ! (އެބަހީ އިސްވެދިޔަ ރަސޫލުބޭކަލުންނާއި نبي ބޭކަލުންނީ ﷲ އެބޭކަލުންނަށް ތެދުމަގުދެއްކެވި ބޭކަލުންނެވެ. ކަލޭގެފާނު އެބޭކަލުންގެމަގާއި تبع ވެވަޑައިގަންނަވާށެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! رسول ކަން އިއްވެވުމަށް އެއްވެސް ދަރުމައެއް އުޖޫރައެއް ޓެކުހެއް ތިމަންކަލޭގެފާނު ކަލޭމެންގެ ކިބައިން ނޭދެމެވެ. އެ قرآن އެއީ ހަމަ وعظ އާއި نصيحة އެއްކަމުގައި މެނުވީ ނުވެއެވެ. عالم ތަކަށްވާ وعظ އާއި نصيحة އެއްކަމުގައި މެނުވީ ނުވެއެވެ.
-
6:91
وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦٓ إِذْ قَالُوا۟ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٍ مِّن شَىْءٍ ۗ قُلْ مَنْ أَنزَلَ ٱلْكِتَـٰبَ ٱلَّذِى جَآءَ بِهِۦ مُوسَىٰ نُورًا وَهُدًى لِّلنَّاسِ ۖ تَجْعَلُونَهُۥ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيرًا ۖ وَعُلِّمْتُم مَّا لَمْ تَعْلَمُوٓا۟ أَنتُمْ وَلَآ ءَابَآؤُكُمْ ۖ قُلِ ٱللَّهُ ۖ ثُمَّ ذَرْهُمْ فِى خَوْضِهِمْ يَلْعَبُونَ
Wa-maa q̣adarul laaha ḥaq̣q̣a q̣adriheee ʹiẓ q̣aaloo maaa ʹañzalal laahu ʻalaa basharim miñ shayʹ. Q̣ul man ʹañzalal Kitaabal laẓee jaaʹa bihee Moosaa Noorañw Wa-Hudal lin-naasi tajʻaloonahoo q̣araaṭeesa tubdoonahaa wa-tukhfoona kas̤eeraa. Wa-ʻullimtum maa lam taʻlamooo ʹañtum wa-laaa ʹaabaaaʹukum. Q̣ulil laahu s̤umma ẓarhum fee khawḍihim yalʻaboon.
އަދި ﷲ އަށް قدر ކޮށް إحترام ކޮށް ކީރިތި ކުރުން حقّ ވާވަރަށް އެމީހުން ﷲ އަށް قدر ކޮށް ކީރިތި ނުކުރެއެވެ. އެއީ އެމީހުން ބުނިހިނދުގައެވެ. އެމީހުން ބުނީ އެއްވެސް އާދަމުގެދަރިއެއްގެ މައްޗަށް އެއްވެސް އެއްޗެއް ﷲ ބާވައިނުލައްވައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! موسى (عليه السّلام) އެފޮތަކާއިގެން އެވަޑައިގެންނެވި ފޮތް يعني: توراة ބާވައިލެއްވީ ކާކުތޯއެވެ؟ އެފޮތް ބާވައިލެއްވިފައިވަނީ މީސްތަކުންނަށް (އެބަހީ އޭރު ތިބި މީސްތަކުންނަށް) نور އާއި ތެދުމަގެއްގެ ގޮތުންނެވެ. ކަލޭމެން އެފޮތް ކަރުދާސްތަކެއްކަމުގައި އެތައްބަޔަކަށް ބައިކޮށް އެއިން ބައެއް ފައުޅުކޮށް އަދި އޭގެ ގިނަބައި ވަންހަނާކޮށް ފޮރުވާ ހެދީމުއެވެ. އަދި ކަލޭމެންނަށާއި އަދި ކަލޭމެންގެ ކާބަފައިންނަށްވެސް ނޭނގޭތަކެތި ކަލޭމެނަށް އެންގެވިއްޖެއެވެ. އެބަހީ މި ކީރިތި قرآن ން عربى ންނަށް މީގެކުރިން ނޭނގޭ އެތައް އެއްޗެއް (އެއީ އިސްވެދިޔަ أمة ތަކުގެ خبر ތަކާއި އަދި ފަހުން އަންނާނޭ ކަންކަމުގެ خبر ތަކާއި އަދި قيامة ދުވަހުގެ خبر ތަކާއި އަދިވެސް އެތައް خبر އެއް މިފޮތުން ﷲ تعالى ކަލޭމެނަށް އަންގަވައިފިއެވެ.) މި خبر ތައް ކަލޭމެންގެ ކާބަފައިންނަށްވެސް ނޭނގޭނެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! موسى عليه السّلام އަށް އެފޮތް ބާވައިލެއްވީ ﷲ އެވެ. ދެން ކަލޭގެފާނު އެމީހުންގެ باطل خيال ތަކާއި ވާހަކަތަކުގައި ގެނބި ފީނުމަށް އެމީހުން ދޫކޮށްލައްވާށެވެ!
-
6:92
وَهَـٰذَا كِتَـٰبٌ أَنزَلْنَـٰهُ مُبَارَكٌ مُّصَدِّقُ ٱلَّذِى بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا ۚ وَٱلَّذِينَ يُؤْمِنُونَ بِٱلْـَٔاخِرَةِ يُؤْمِنُونَ بِهِۦ ۖ وَهُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ
Wa-haaẓaa Kitaabun ʹañzalnaahu Mubaarakum Muṣaddiq̣ul laẓee bayna yadayhi wa-lituñẓira ʹUmmal Q̣uraa wa-man ḥawlahaa. Wallaaẓeena yuʹminoona bil-ʹaakhirati yuʹminoona bihee wa-hum ʻalaa Ṣalaatihim yuḥaafiz̤̣oon.
(އޭ رسول ﷲ އެވެ!) މިފޮތަކީ އެބަހީ މި ކީރިތި قرآن އަކީ ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. އެފޮތުގެ ކުރީގެ ފޮތްތައްވެސް ތެދުކުރާ حال ގައެވެ. އަދި އެފޮތަކީ مكّة އާއި އެރަށުގެ ވަށައިގެންވާ ރަށްރަށުގެ أهل ވެރިންނަށް إنذار ކުރެއްވުމަށްވާފޮތެކެވެ. އަދި آخرة ދުވަހަށް އީމާންވާމީހުން އެފޮތަށް އީމާންވެއެވެ. އަދި އެމީހުން އެމީހުންގެ ނަމާދުތަކުގެމައްޗަށް ރައްކާތެރިވެއެވެ. (އެހެނީ ފޮތަށް އީމާންވާނީ آخرة އަށް އަދި حساب ބެއްލެވުމަށް، ثواب އާއި عذاب އަށް ބިރުވެތިވާ މީހުންނެވެ.)
-
6:93
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ قَالَ أُوحِىَ إِلَىَّ وَلَمْ يُوحَ إِلَيْهِ شَىْءٌ وَمَن قَالَ سَأُنزِلُ مِثْلَ مَآ أَنزَلَ ٱللَّهُ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّـٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَـٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنتُمْ عَنْ ءَايَـٰتِهِۦ تَسْتَكْبِرُونَ
Wa-man ʹaz̤̣lamu mimmanif taraa ʻalal laahi kaẓiban ʹaw q̣aala ʹooḥiya ʹilayya wa-lam yooḥa ʹilayhi shayʹuñw wamañ q̣aala saʹuñzilu mis̤la maaa ʹañzalal laah? Wa-law taraaa ʹiẓiz̤̣ z̤̣aalimoona fee g̣amaraatil mawti walmalaaaʹikatu baasiṭooo ʹaydeehim: ʹakhrijoo ʹañfusakum. ʹAl-yawma tujzawna ʻaẓaabal hooni bimaa kuñtum taq̣ooloona ʻalal laahi g̣ayral ḥaq̣q̣i wa-kuñtum ʻan ʻAayaatihee tastakbiroon.
ﷲ تعالى ގެމައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ އެފަދަ ބޮޑު އަނިޔާވެރިއަކު ނުވެއެވެ. ނުވަތަ އެމީހަކަށް وحي ބާވައިނުލައްވަނީސް ތިމަންނާއަށް وحي ބާވައިލެއްވެޔޭ ބުނިމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކު ނުވެއެވެ. އަދި އަހުރެންވެސް ﷲ ބާވައިލައްވާފަދައިން ބާވައިލައްވަމެވެ. (އެފަދަ عبارة ކިޔަމެވެ.) މިފަދައިން ބުނާ މީސްމީހުންނަށްވުރެ ވަކިންބޮޑެތި އަނިޔާވެރިންނަކީ ދެން ކޮންބައެއްހެއްޔެވެ؟ • ދަންނައެވެ! މިއާޔަތް ބާވައިލެއްވިފައިވަނީ ވަކިބަޔަކުގެ ބަސްތަކެއްގެ މުނާސަބަތުގައިކަމުގައި ބުނެވުނެވެ. އެބަޔަކީ مُسَيْلَمَةُ الْكَذَّاب އެވެ. އޭނާ ބުނިކަމުގައިވަނީ ﷲ تعالى ނަބީކަމާއިގެން ފޮނުއްވީ އޭނާކަމަށެވެ. محمّد ގެފާނު ނޫން ކަމަށެވެ. އަނެއްމީހަކީ عبد ﷲ بن سعد بن أبى سَرَح އެވެ. އޭނާ ބުނިކަމުގައިވަނީ އޭނާގެ މައްޗަށްވެސް وحي ބާވައިލެއްވޭކަމަށެވެ. އަދި مسيلمة ވެސް އެހެންބުނިކަމުގައިވެއެވެ. (މިވާހަކަތައް طبري ގެ تفسير ގައިވެސްވެއެވެ. والله أعلم) (އޭ رسول ﷲ އެވެ!) އަނިޔާވެރިން މަރަށް حاضر ވެގެންވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެނަމައެވެ. އަދި މަލާއިކަތްބޭކަލުން އެބޭކަލުންގެ އަތްޕުޅުތައް ފަތުރުއްވާ ދަންމަވައިގެން (އެމީހުންނަށް ވިދާޅުވެއެވެ.) ކަލޭމެން ކަލޭމެންގެ نفس ތައް يعني: ފުރާނަތައް ނެރޭށެވެ! މިއަދު ކަލޭމެންނަށް އިހާނާތްތެރިކަމުގެ عذاب ދެއްވޭނެއެވެ. އެއީ ކަލޭމެން ﷲ تعالى ގެމައްޗަށް حقّ ނޫން (ދޮގު) ބަސްތައްބުނުމުގެ ސަބަބުންނާއި އަދި އެކަލާނގެ އާޔަތްތަކަށް ކަލޭމެން ބޮޑާވެ ކިބުރުވެރިވާކަމުގެ ސަބަބުންނެވެ.
-
6:94
وَلَقَدْ جِئْتُمُونَا فُرَٰدَىٰ كَمَا خَلَقْنَـٰكُمْ أَوَّلَ مَرَّةٍ وَتَرَكْتُم مَّا خَوَّلْنَـٰكُمْ وَرَآءَ ظُهُورِكُمْ ۖ وَمَا نَرَىٰ مَعَكُمْ شُفَعَآءَكُمُ ٱلَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَـٰٓؤُا۟ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ
Wa-laq̣ad jiʹtumoonaa furaadaa kamaa khalaq̣naakum ʹawwala marratiñw wataraktum maa khawwal-naakum wa-raaaʹa z̤̣uhoorikum: wa-maa naraa maʻakum shufaʻaaaʹakumul laẓeena zaʻamtum ʹannahum feekum shurakaaaʹ. Laq̣at taq̣aṭṭaʻa baynakum wa-ḍalla ʻañkum maa kuñtum tazʻumoon!
އަދި (އެކަލާނގެ ވަޙީކުރައްވާނެއެވެ.) ކަލޭމެން ތިމަންރަސްކަލާނގެ حضرة އަށް ތިޔައައީ އެކަނި އެކަނީން (ކޮންމެ މީހަކު އެކަނި މުދަލެއް ދަރިއެއް ގެންގުޅުނު އެކައްޗެއްވެސް ނުލައި) އެވެ. އެންމެފުރަތަމަވެސް ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވި ގޮތަށެވެ. އަދި ތިމަންރަސްކަލާނގެ (ދުނިޔޭގައި) ކަލޭމެންނަށް ދެއްވިތަކެތި ކަލޭމެންގެ ފުރަގަހަށް ދުނިޔެއަށް - ދޫކޮށްފައެވެ. އަދި އެތަކެއްޗަކީ ކަލޭމެން شفاعة ތެރިންކަމުގައި ކަލޭމެން ހީކޮށްއުޅުނު ތަކެތި ކަލޭމެންނާއެކު ވަނިކޮށް ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ. ހަމަކަށަވަރުން އެތަކެއްޗާއި ކަލޭމެންނާއިދެމެދު ގުޅުންކެނޑިއްޖެއެވެ. އަދި ކަލޭމެން (شفاعة ތެރިންކަމުގައި) ހީކުރިތަކެތި ކަލޭމެންގެކިބައިން ގެއްލިއްޖެއެވެ.
-
6:95
۞ إِنَّ ٱللَّهَ فَالِقُ ٱلْحَبِّ وَٱلنَّوَىٰ ۖ يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَمُخْرِجُ ٱلْمَيِّتِ مِنَ ٱلْحَىِّ ۚ ذَٰلِكُمُ ٱللَّهُ ۖ فَأَنَّىٰ تُؤْفَكُونَ
ʹInnal laaha faaliq̣ul ḥabbi wannawaa. Yukhrijul ḥayya minal mayyiti wa-Mukhrijul mayyiti minal ḥayy. Ẓaalikumul laahu faʹannaa tuʹfakoon?
ހަމަކަށަވަރުން ﷲ تعالى އީ އޮށްފަޅުއްވައި އަދި އޮއްޓަރު ނެރުއްވާ ކަލާނގެއެވެ. މަރުވެފައިވާ ތަކެތީން ދިރޭތަކެތި އެކަލާނގެ ނެރުއްވައެވެ. އަދި އެކަލާނގެއީ ދިރޭތަކެތީން މަރުވެފައިވާތަކެތި ނެރުއްވާ ކަލާނގެއެވެ. އެއީ ﷲ އެވެ. އަދި حقّ ގޮތް ދޫކޮށް ކަލޭމެން އެނބުރިދާނީ ކޮންފަދައަކުން ހެއްޔެވެ؟ (حقّ ވަންތަ ﷲ އަށް އަޅުކަންނުކޮށް ބުދަށްއަޅުކަންކުރަން ކަލޭމެން ދާންވާނީ ކޮންފަދައަކުންހެއްޔެވެ؟)
-
6:96
فَالِقُ ٱلْإِصْبَاحِ وَجَعَلَ ٱلَّيْلَ سَكَنًا وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
Faaliq̣ul ʹiṣbaaḥ: wa-jaʻalal layla sakanañw washshamsa walq̣amara ḥusbaanaa, ẓaalika taq̣deerul ʻAzeezil ʻAleem.
އަދި އެކަލާނގެއީ ފަތިހުގެ އަލިކަން ފަޅުއްވާ އަލިކުރައްވާ ކަލާނގެއެވެ. އަދި ރޭގަނޑު އެއީ ހިމޭން އެއްޗެއްކަމުގައި އެކަލާނގެ ލެއްވިއެވެ. އަދި އިރާއި ހަނދު ވަކި مُدّة އަކަށް އޭގެ ދައުރުވާގޮތަށް އެކަލާނގެ ލެއްވިއެވެ. (ނުވަތަ އަހަރުތަކާއި މައްސަރުތަކާއި އަދި ރޭދުވާ ހިސާބުކޮށް އޮޅުންފިލުވުމަށް ލެއްވިއެވެ.) އެއީ عزَة ވަންތަ އަދި ދެނެވޮޑިގެންވާ ކަލާނގެ تقدير ކުރައްވާ މިންވަރުކުރައްވާފައިވާގޮތެވެ.
-
6:97
وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُوا۟ بِهَا فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ
Wa-Huwal laẓee jaʻala lakumun nujooma litahtadoo bihaa fee z̤̣ulumaatil barri walbahr: q̣ad faṣṣalnal ʹAayaati liq̣awmiñy yaʻlamoon.
އަދި ކަލޭމެންނަށްޓަކައި ތަރިތައް ލެއްވީވެސް ހަމަ އެކަލާނގެއެވެ. އެއީ އެއްގަމާއި ކަނޑުގެ އަނދިރިތަކުގައި ކަލޭމެން ތެދުމަގު ލިބިގަތުމަށެވެ. ދަތުރުފަތުރު ކުރުމުގައި ރަނގަޅު ސީދާމަގު ދެނެގަތުމަށެވެ. އަދި (ﷲ އާއިމެދު އެކަލާނގެ) އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން ދެނެގަންނަ ބަޔަކަށް ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް ތަފާތު ގޮތްގޮތަށް ބަޔާންކޮށްދެއްވީމެވެ.
-
6:98
وَهُوَ ٱلَّذِىٓ أَنشَأَكُم مِّن نَّفْسٍ وَٰحِدَةٍ فَمُسْتَقَرٌّ وَمُسْتَوْدَعٌ ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍ يَفْقَهُونَ
Wa-Huwal laẓeee ʹañshaʹakum min nafsiñw waaḥidatiñ famustaq̣arruñw wa-mustawdaʻ: q̣ad faṣṣalnal ʹAayaati liq̣aw miñyyafq̣ahoon.
އަދި ކަލޭމެން އެންމެ نفس އަކުން ހެއްދެވީވެސް ހަމަ އެކަލާނގެއެވެ. (އެ نفس އަކީ آدم عليه السّلام އެވެ.) ދެންފަހެ ކަލޭމެންގެތެރޭގައިވަނީ މައިބަނޑުގައި (رَحِمُ ގައި) قَرَار ވެގެންވާމީހުންނާއި ފިރިހެނާގެ صُلْبُ ގައިވާމީހުންނެވެ. / ނުވަތަ ބިންމަތީ قرار ވެގެންވާމީހުންނާއި ބިމުގެއަޑީގައި (قبر ގައި) ތިބޭމީހުންނެވެ. އަދި ތަކެތި ވިސްނާބަޔަކަށް އެކި ބާވަތުގެ دليل އާއި حجّة (އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމުގެ دليل ތައް) ތަފާތުކޮށް ތިމަންރަސްކަލާނގެ بيان ކޮށް ދެއްކެވީމެވެ.
-
6:99
وَهُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦ نَبَاتَ كُلِّ شَىْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُّخْرِجُ مِنْهُ حَبًّا مُّتَرَاكِبًا وَمِنَ ٱلنَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّـٰتٍ مِّنْ أَعْنَابٍ وَٱلزَّيْتُونَ وَٱلرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَـٰبِهٍ ۗ ٱنظُرُوٓا۟ إِلَىٰ ثَمَرِهِۦٓ إِذَآ أَثْمَرَ وَيَنْعِهِۦٓ ۚ إِنَّ فِى ذَٰلِكُمْ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ
Wa-Huwal laẓeee ʹañzala minas samaaaʹi maaaʹaa: faʹakhrajnaa bihee nabaata kulli shayʹiñ faʹakhrajnaa minhu khaḍiran nukhriju minhu ḥabbam mutaraakibaa; wa-minan nakhli miñ ṭalʻihaa q̣in-waanuñ daaniyatuñw wa-jannaatim min ʹaʻnaabiñw wazzaytoona warrummaana mushtabihañw wa-g̣ayra mutashaabih. ʹUñz̤̣urooo ʹilaa s̤amariheee ʹiẓaaa ʹas̤mara wa-yanʻih. ʹInna fee ẓaalikum laʹAayaatil liq̣awmiñy yuʹminoon.
އަދި އުޑުން ފެންބާވައިލައްވާ ވެއްސަވަނީ ހަމަ އެކަލާނގެއެވެ. ދެންފަހެ އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ފަތްޕިލާވެލި ފަޅުއްވަމެވެ. އަދި އޭގެތެރެއިން ތިމަންރަސްކަލާނގެ ފެހިއެއްޗެއް ނެރުއްވަމެވެ. (އެއީ އެއިން ގަހުގެ ނަތީޖާ ނުކުންނަ އެއްޗެވެ.) އަދި އެއިން ތިމަންރަސްކަލާނގެ އެކަތި މައްޗަށް އަނެކަތިއަރާ ބޮނޑިބޮނޑިވެފައިވާ އޮއްޓަރު ނެރުއްވަމެވެ. (އެއީ ކުރާގަނޑެވެ.) އަދި ކަދުރު ރުކުގެ އެތުގެތެރެއިން ކަދުރުއަޅާ ބަރާވެ އެލިފައިވާ އިހާގަނޑުވެއެވެ. އަތްފޯރާފަށަށް ގާތްވެގެންވެއެވެ. (ނުވަތަ އެއްއިހާ އަނެއްއިހަލާއި ގާތްވެގެންވެއެވެ. އަދި މޭބިސްކަދުރުގެ ބަގީޗާތައްވެސް ތިމަންރަސްކަލާނގެ (އެފެނުން) ހެއްދެވީމެވެ. އަދި زيتون އާ އަންނާރުވެސް (އެބަހީ: އޭގެ ގަސްތައްވެސް) ތިމަންރަސްކަލާނގެ ނެރުއްވީމެވެ. އެއްވައްތަރުގެ މޭވާޔާ އެއްވައްތަރުނޫން މޭވާ ވެއެވެ. / އަދި އެއްވައްތަރުވެފައި ރަހައިގައި ތަފާތު މޭވާއެވެ. އަދި އެގަހުގައި މަތިވަރު ނުކުންނަވަގުތާއި އަދި އޭތި ދޮންވެ ފައްކާވާ ވަގުތު ކަލޭމެން ނިކަން ބަލައިބަލާށެވެ. ވިސްނާ فكر ކޮށް ބަލާށެވެ. (އޭ މީސްތަކުންނޭވެ.) ތެދުކޮށް އީމާންވާ ބަޔަކަށް އެކަންކަމުގައި ކަނޑައެޅި ބަޔާންވެގެންވާ دليل ވާކަންކަށަވަރެވެ.
-
6:100
وَجَعَلُوا۟ لِلَّهِ شُرَكَآءَ ٱلْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا۟ لَهُۥ بَنِينَ وَبَنَـٰتٍۭ بِغَيْرِ عِلْمٍ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يَصِفُونَ
Wa-jaʻaloo lillaahi shurakaaaʹal jinna wa-khalaq̣a-hum wa-kharaq̣oo lahoo baneena wa-banaatim big̣ayri ʻilm. Subḥaanahoo wa-taʻaalaa ʻammaa yaṣifoon.
އަދި އެމީހުން (އެބަހީ އެ مشرك ން) ﷲ تعالى ގެ ރަސްކަންފުޅަށް ޖިންނީންގެ شريك ންތަކެއް ލައިފިއެވެ. އަދި އެކަމަކު އެ ޖިންނިތައް ހެއްދެވީ އެކަލާނގެއެވެ. އަދި ރޯބުހުތާން ދޮގެއްގެގޮތުން އެމީހުން އެކަލާނގެއަށް ފިރިހެންދަރިންނާއި އަންހެންދަރީންވާކަމުގައި އެއްވެސް ގޮތަކުން އެމީހުނަށް އެއްވެސް އެނގުމެއްނެތި ހަމަޖައްސައިފިއެވެ. އަދި އެމީހުން އެސިފަކުރާ ކަންތައްތައް ފިޔަވައި އެކަލާނގެ ހުސް طاهر ވަންތަވެ މަތިވެރިވެވޮޑިގެންވެއެވެ.
-
6:101
بَدِيعُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ أَنَّىٰ يَكُونُ لَهُۥ وَلَدٌ وَلَمْ تَكُن لَّهُۥ صَـٰحِبَةٌ ۖ وَخَلَقَ كُلَّ شَىْءٍ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ
Badeeʻus samaawaati wal-ʹarḍ: Annaa yakoonu lahoo waladuñw wa-lam takul lahoo ṣaaḥibah? Wa-khalaq̣a kulla shayʹ, wa-Huwa bikulli shayʹin ʻAleem.
(ﷲ އެއީ) ކުރީގެ އެއްވެސް މިސާލެއްނެތި އުޑުތަކާއި ބިން ހަމަ އަލަށްވެސް ހެއްދެވި ކަލާނގެއެވެ. އެކަލާނގެއަށް އެއްވެސް ދަރިއަކުއޮތުން އެކަށީގެންވާނީ ކޮންފަދައަކުންހެއްޔެވެ؟ އަދި އެކަލާނގެއަށް އެއްވެސް އަނބިކަނބަލަކު ނުވެއެވެ. އަދި އެކަލާނގެއީ ހުރިހާތަކެތި ހެއްދެވި ކަލާނގެއެވެ. އަދި އެކަލާނގެ ހުރިހާ އެއްޗެއް ދެނެވޮޑިގެންވެއެވެ.
-
6:102
ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ خَـٰلِقُ كُلِّ شَىْءٍ فَٱعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ
Ẓaalikumul laahu Rabbukum! Laaa ʹilaaha ʹillaa Hoo. khaaliq̣u kulli shayʹiñ faʻbudooh; wa-Huwa ʻalaa kulli shayʹiñw Wakeel.
އެއީ ﷲ އެވެ. އެއީ ކަލޭމެންގެ ربّ އެވެ. އެކަލާނގެ ފިޔަވައި (حقّ إله އަކު ނުވެއެވެ. އެއީ ހުރިހާތަކެތީ ގެ خالق އެވެ.) ހައްދަވާ ކަލާނގެއެވެ. ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއީ ހުރިހާތަކެތީގެ މައްޗަށްވާ وكيل އެވެ. ހުރިހާތަކެތި ބަލަހައްޓަވާ ރައްކާތެރިކުރައްވާ ކަލާނގެއެވެ.
-
6:103
لَّا تُدْرِكُهُ ٱلْأَبْصَـٰرُ وَهُوَ يُدْرِكُ ٱلْأَبْصَـٰرَ ۖ وَهُوَ ٱللَّطِيفُ ٱلْخَبِيرُ
Laa tudrikuhul ʹabṣaaru. wa-Huwa yudrikul ʹabṣaar: wa-Huwal Laṭeeful Khabeer.
(خَلق ތަކުންގެ) ލޯތަކަށް އެކަލާނގެ ލިބިނުގަނެވޭނެއެވެ. އެކަލާނގެ ދުށުމުގެ ކުޅަދާނަކަން (ދުނިޔޭގައި) ނުވެއެވެ. އަދި އެކަމަކު އެކަލާނގެ އެންމެހައި ތަކެތީގެ ލޯތައް ދެކެވޮޑިގަންނަވައެވެ. އަދި އެކަލާނގެއީ އޯގާވަންތަ، ސިއްރުތައް ދެނެވޮޑިގެންވާ އަދި ހުރިހާ خبر އެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
6:104
قَدْ جَآءَكُم بَصَآئِرُ مِن رَّبِّكُمْ ۖ فَمَنْ أَبْصَرَ فَلِنَفْسِهِۦ ۖ وَمَنْ عَمِىَ فَعَلَيْهَا ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍ
Q̣ad jaaaʹakum̃ baṣaaaʹiru mir rabbikum: faman ʹabṣara falinafsih: wa-man ʻamiya faʻalayhaa: wa-maaa ʹana ʻalaykum̃ biḥafeez̤̣.
(އޭ މީސްތަކުންނޭވެ!) ކަލޭމެންގެގާތަށް (އީމާންކަމާއި ތެދުމަގު އޮޅުންފިލާހާ) حجّة އާއި دليل އަތުވެއްޖެއެވެ. ކަލޭމެންގެ رَبّ ގެ حضرة ންނެވެ. ފަހެ އެ حجّة އާއި دليل ތަކަށް ވިސްނާ فكر ކޮށް عبرة އާ دليل ލިބިގެންފިމީހާ ދަންނައެވެ. ފަހެ އެކަމުގެ ލާބަޔާ ނަފާހުރީ ހަމަ އެމީހެއްގެ نفس އަށެވެ. އަދި އެ حجّة ތަކާއި دليل ތަކުން އަނދިރިވެ އެއަށް فكر ނުކުރި މީހާ ދަންނައެވެ. އެކަމުގެ ގެއްލުމާއި ހަލާކުހުރީ ހަމައެމީހަކަށެވެ. އަދި ކަލޭމެނަށްވާ رَقِيب އަކުކަމުގައި - އެބަހީ ކަލޭމެންގެ عمل ތައް ރައްކާތެރިކޮށް ބަލަހައްޓަވާ ބޭކަލުކަމުގައި އަހުރެން ނުވެއެވެ.
-
6:105
وَكَذَٰلِكَ نُصَرِّفُ ٱلْـَٔايَـٰتِ وَلِيَقُولُوا۟ دَرَسْتَ وَلِنُبَيِّنَهُۥ لِقَوْمٍ يَعْلَمُونَ
Wa-kaẓaalika nuṣarriful ʹAayaati wa-liyaq̣ooloo darasta wa-li-nubayyi-nahoo. liq̣awmiñy yaʻlamoon.
އަދި ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް ގޮތްގޮތަށް ތަފާތުކޮށް بيان ކުރައްވަނީ އެފަދައިންނެވެ. (އެބަހީ މިސޫރަތުގައި ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް ތަފާތުކޮށް بيان ކުރެއްވިފަދައިން ތިމަންރަސްކަލާނގެ أمر އާއި ނަހީގެތެރެއިން ކަލޭމެންނަށް ނޭނގޭ ކަންތައްތައް ތިމަންރަސްކަލާނގެ بيان ކޮށްދެއްވަމެވެ.) އަދި ކަލޭގެފާނު أهل كتاب ންގެގާތުން ކިޔަވާ ވިދާޅުވިކަމުގައި އެމީހުން ބުނުމަށެވެ. އަދި حقّ އެއީ حقّ ކަން ދަންނަ ބަޔަކަށް ތިމަންރަސްކަލާނގެ بيان ކޮށްދެއްވުމަށެވެ.
-
6:106
ٱتَّبِعْ مَآ أُوحِىَ إِلَيْكَ مِن رَّبِّكَ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ وَأَعْرِضْ عَنِ ٱلْمُشْرِكِينَ
ʹIttabiʻ maaa ʹooḥiya ʹilayka mir Rabbik: Laaa ʹilaaha ʹillaa Hoo: wa-ʹaʻriḍ ʻanil mushrikeen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭ وحي އަށް ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! އެކަލާނގެ ފިޔަވައި حقّ إله އަކު ނުވެއެވެ. އަދި مشرك ންގެ ކިބައިން އެނބުރި ދުރުވެވަޑައިގަންނަވާށެވެ!
-
6:107
وَلَوْ شَآءَ ٱللَّهُ مَآ أَشْرَكُوا۟ ۗ وَمَا جَعَلْنَـٰكَ عَلَيْهِمْ حَفِيظًا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ
Wa-law shaaaʹal laahu maaa ʹashrakoo: wa-maa jaʻalnaaka ʻalayhim ḥafeez̤̣aa, wa-maaa ʹañta ʻalayhim̃ biwakeel.
އަދި ﷲ އެދިވޮޑިގެންނެވިނަމަ އެމީހުން شريك ނުކުރީހެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެ عمل ތައް ބަލަހައްޓަވާ ރައްކާތެރިކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ނުލައްވަމެވެ. އަދި އެމީހުންގެ ކަންތަކާއި حوال ވެގެންވާ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވެއެވެ.
-
6:108
وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا۟ يَعْمَلُونَ
Wa-laa tasubbul laẓeena yadʻoona miñ doonil laahi fayasubbul laaha ʻadwam big̣ayri ʻilm. Kaẓaalika zayyannaa likulli ʹummatin ʻamalahum. S̤umma ʹilaa Rabbihim marjiʻuhum fayunabbiʹuhum̃ bimaa kaanoo yaʻmaloon.
(އޭ مؤمن ންނޭވެ!) ﷲ ފިޔަވައި އެމީހުން دعاء ކޮށް ގޮވާތަކެއްޗަށް (އެބަހީ مشرك ންގެ إله ން ތަކަށް) ކަލޭމެން ހުތުރު އެއްޗެތިނުކިޔާށެވެ! ފަހެ، އޭރުން - އެބަހީ ހުތުރުއެއްޗެތި ކިޔަންޏާ އެމީހުން އެއްވެސް علم އެއް އެނގުމެއްނެތި، ގޮތެއްފޮތެއްނެތި ﷲ އަށް ހުތުރުއެއްޗެތި ކިޔާނެއެވެ. އަދި ކޮންމެ أُمَّة އަކަށްވެސް އެބައެއްގެ عَمَلُ ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށްދިނީ އެފަދައިންނެވެ. (އެއީ މިމީހުންނަށްވެސް ބުދަށްއަޅުކަންކޮށް شيطانއާއަށް ކިޔަމަންތެރިވުމަށް ޒީނަތްތެރިކޮށްދެއްވިފަދައިންނެވެ.) ދެން އެމީހުން އެނބުރި رجوع ވުން ނުވަތަ رجوع ވާތަންވަނީ އެމީހުންގެ رَبّ ގެ حضرة ގައެވެ. ދެން އެމީހުން (ދުނިޔޭގައި) ކުރާކަމުގައިވީ ކަންތައްތަކުގެ خبر އެކަލާނގެ އެމީހުންނަށް ދެއްވާނެއެވެ.
-
6:109
وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِن جَآءَتْهُمْ ءَايَةٌ لَّيُؤْمِنُنَّ بِهَا ۚ قُلْ إِنَّمَا ٱلْـَٔايَـٰتُ عِندَ ٱللَّهِ ۖ وَمَا يُشْعِرُكُمْ أَنَّهَآ إِذَا جَآءَتْ لَا يُؤْمِنُونَ
Wa-ʹaq̣samoo billaahi jahda ʹaymaanihim laʹiñ jaaaʹathum ʹAayatul layuʹminunna bihaa. Q̣ul ʹinnamal ʹAayaatu ʻindal laahi wa-maa yushʻirukum ʹannahaaa ʹiẓaa jaaaʹat laa yuʹminoon?
އަދި ﷲ ގަންދީ ގަދަހުވައިން ހުވައިކޮށްފާ އެމީހުން ބުނާނެއެވެ. އެހެނީ އެމީހުންގެގާތަށްވެސް އާޔަތެއް އަތުވެއްޖެއްޔާ (އެބަހީ محمّد ގެފާނުންގެ رسول ކަން އެއީ ތެދު رسول ކަމެއްކަމަށް دليل ކުރާ دليل އެއް حجّة އެއް އަތުވެއްޖެއްޔާ) ހަމަކަށަވަރުންވެސް އެމީހުން އެޔަށް އެބަހީ އެއާޔަތަށް އީމާންވާނެކަން ކަށަވަރެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެފަދަ دليل އެއް معجزة އެއް ގެންނެވުން ވާކަންކަށަވަރީ ﷲ ގެ حضرة ންނެވެ. (އެއީ އަހުރެންގެ ކަމެއްނޫނެވެ.) އަދި އޭ مؤمن ންނޭވެ! އެ دليل އެއް - معجزة އެއް އަޔަސް އެމީހުން އީމާންނުވާނެކަން ކަލޭމެންނަށް إحسان ކުރެވުނީ ކޮންކަމަކުންހެއްޔެވެ؟ (ނުވަތަ އަނެއް قراءة ގައިވާގޮތުން އެ دليل އެއް އެ معجزة އެއް އަތުވެއްޖެއްޔާ އެއަށް ކަލޭމެން (ތިޔަ مشرك ން) އީމާންނުވާނެއެވެ. އަދި މިނޫން ގޮތްގޮތަށްވެސް މިއާޔަތުގެ މާނަލިޔެވިފައިވެއެވެ. والله أعلم)
-
6:110
وَنُقَلِّبُ أَفْـِٔدَتَهُمْ وَأَبْصَـٰرَهُمْ كَمَا لَمْ يُؤْمِنُوا۟ بِهِۦٓ أَوَّلَ مَرَّةٍ وَنَذَرُهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ
Wa-nuq̣allibu ʹafʹidatahum wa-ʹabṣaarahum kamaa lam yuʹminoo biheee ʹawwala marratiñ wa-naẓaruhum fee ṭug̣yaanihim yaʻmahoon.
އަދި އެމީހުންގެ ހިތްތަކާއި އެމީހުންގެ ލޯތައް ތިމަންރަސްކަލާނގެ ފުރޮޅުއްވާ ބަދަލުކުރައްވާ ތަފާތު ކުރައްވަމެވެ. އީމާންކަމާއި ދެމެދު ހުރަސްއަޅުއްވަމެވެ. އެއީ އެމީހުން ފުރަތަމަވެސް އެކަލޭގެފާނަށް އީމާންނުވި ފަދައިންނެވެ. އޭ رسول ﷲ އެވެ. އެމީހުންގެ އެ ނުކިޔަމަންތެރިކަމުގައި ދެފުށު އެޅިއެޅިތިބުމަށް ކަލޭގެފާނު އެމީހުން ދޫކޮށްލައްވާށެވެ!