-
1
ٱلْحَمْدُ لِلَّهِ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَجَعَلَ ٱلظُّلُمَـٰتِ وَٱلنُّورَ ۖ ثُمَّ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ يَعْدِلُونَ
ʹAl-Ḥamdu lillaahil laẓee khalaq̣as Samaawaati wal-ʹarḍa wa-jaʻalaz̤̣ z̤̣u-lu-maa-ti wan-Noor. S̤ummal laẓeena kafaroo bi-Rabbihim yaʻdiloon.
އެންމެހައި حمد އާއި تعريف އާއި ثناء އެއް خاصّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. އަދި އަނދިރިކަމާއި އަލިކަން އެކަލާނގެ ލެއްވިއެވެ. (އެއީ ރޭގަނޑުގެ އަނދިރިކަމާއި ދުވާލުގެ އަލިކަން ނުވަތަ ޖާހިލުކަމުގެ އަނދިރިކަމާއި އީމާންކަމުގެ އަލިކަން.) ދެން (މިފަދަ ބޮޑު ކުޅަދުންވަންތަ އެއްކައުވަންތަ ﷲ އަށް) يعني: އެމީހުންގެ رَبّ އަށް ކާފަރުންގެ މީހުން شريك ކޮށް ބައިވެރިކޮށް އެހެނިހެން ފަރަތްތަކާއި ހަމަހަމަކުރަނީއެވެ.
-
2
هُوَ ٱلَّذِى خَلَقَكُم مِّن طِينٍ ثُمَّ قَضَىٰٓ أَجَلًا ۖ وَأَجَلٌ مُّسَمًّى عِندَهُۥ ۖ ثُمَّ أَنتُمْ تَمْتَرُونَ
Huwal laẓee khalaq̣akum miñ ṭeeniñ s̤umma q̣aḍaaa ʹajalaa. Wa-ʹajalum Musamman ʻiñdahoo s̤umma ʹañtum tamtaroon!
ކަލޭމެން މަށީން ހެއްދެވީ ހަމަ އެކަލާނގެއެވެ. (އެބަހީ: آدم ގެދަރިންގެ ބައްޕަ آدم عليه السّلام ހެއްދެވުނީ މަށީންނެވެ.) ދެން އެކަލާނގެ މުއްދަތެއް ކަނޑައެޅުއްވިއެވެ. (އެއީ ދުނިޔޭގެ حياة ގެ مدّة އެވެ. އެއީ ހެއްދެވުމަށްފަހު މަރުވަންދެންނެވެ.) އަދި އެކަލާނގެ حضرة ގައި ނަންކިއިގެންވާ مدّة އެއް ނިޔާކުރެއްވިއެވެ. އެއީ آخرة އެވެ. މަރުވުމަށްފަހު قيامة އަށް ފޮނުއްވުމެވެ. ދެންވެސް ކަލޭމެން (އެކަލާނގެ قدرة ތެރިކަމާއިމެދު) ޝައްކުކުރަނީއެވެ.
-
3
وَهُوَ ٱللَّهُ فِى ٱلسَّمَـٰوَٰتِ وَفِى ٱلْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ
Wa-Huwal laahu fis samaawaati wa-fil ʹarḍ? Yaʻlamu sirrakum wa-jahrakum wayaʻlamu maa- taksiboon.
އަދި ﷲ އެއީ އުޑުތަކާއި އަދި ބިމުގެ مَعْيُود އެވެ. އަދި އެތަންތާނގެ مالك އެވެ. ވެރިޔާއެވެ. ކަލޭމެންގެ ސިއްރާއި ފައުޅު އެކަލާނގެ ދެނެވޮޑިގަންނަވައެވެ. (ސިއްރުން ދައްކާ ވާހަކައާއި ކުރާކަންތައްތައް އަދި ފައުޅުކޮށް އަޑުހަރުކޮށް ދައްކާ ވާހަކަތަކާއި ކަންތައްތައް އެކަލާނގެ ދެނެވޮޑިގަންނަވައެވެ.) އަދި ކަލޭމެންކުރާހާކަމެއް އެކަލާނގެ ދެނެވޮޑިގަންނަވައެވެ.
-
4
وَمَا تَأْتِيهِم مِّنْ ءَايَةٍ مِّنْ ءَايَـٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ
Wa-maa taʹteehim min ʹAayaati Min ʹAayatim Rabbihim ʹillaa kaanoo ʻanhaa muʻriḍeen.
އަދި އެމީހުންގާތަށް (އެބަހީ: ކާފަރުންގެ ގާތަށް އެމީހުންގެ رَبُّ ގެ އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ އަދި محمّد ﷺ ގެ ނަބީކަމުގެމައްޗަށް دليل ކުރާ) دليل ތަކުގެތެރެއިން އެއްވެސް دليل އެއް، حجّة އެއް އަތުވެއްޖެއްޔާ އެމީހުން އެޔާ ފުރަގަސްދީ ގެން މެނުވީ ނުވެއެވެ. (އެބަހީ: އެއިން އެއްވެސް دليل އެއް قبول އެއް ނުކުރެއެވެ.)
-
5
فَقَدْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ ۖ فَسَوْفَ يَأْتِيهِمْ أَنۢبَـٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Faq̣ad kaẓẓaboo bil-Ḥaq̣q̣i lammaa jaaaʹahum: fasawfa yaʹteehim ʹambaaaʹu maa- kaanoo bihee yas-tahziʹoon.
އަދި ހަމަކަށަވަރުން އެމީހުންގެގާތަށް حقُّ އައިހިނދުން (އެބަހީ: قرآن އައިހިނދުން ނުވަތަ محمّد ﷺ ވަޑައިގެންނެވިހިނދުން) އެމީހުން އެ حقُّ ދޮގުކޮށްފިއެވެ. އެމީހުން އެ އެއްޗަކަށް އެމަލާމާތްކުރާ ކަންތަކުގެ خبر ނިކަންހުރެ އެމީހުންގާތަށް އަންނަހުއްޓެވެ.
-
6
أَلَمْ يَرَوْا۟ كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ مَّكَّنَّـٰهُمْ فِى ٱلْأَرْضِ مَا لَمْ نُمَكِّن لَّكُمْ وَأَرْسَلْنَا ٱلسَّمَآءَ عَلَيْهِم مِّدْرَارًا وَجَعَلْنَا ٱلْأَنْهَـٰرَ تَجْرِى مِن تَحْتِهِمْ فَأَهْلَكْنَـٰهُم بِذُنُوبِهِمْ وَأَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ
ʹAlam yaraw kam ʹahlaknaa miñ q̣ablihim miñ q̣arnim makkannaahum fil ʹarḍi maa- lam numakkil lakum wa-ʹarsalnas samaaaʹa ʻalayhim midraaraa, wa-jaʻalnal ʹanhaara tajree miñ taḥ-tihim faʹahlaknaahum biẓunoobihim wa-ʹañshaʹnaa mim baʻdihim q̣arnan ʹaakhareen.
އެމީހުންގެކުރިން (އެބަހީ: مكّة ގެ مشرك ންގެކުރިން) ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރައްވާފައިވާކަން އެމީހުންނަށް ނޭނގޭބާވައެވެ؟ (އެމީހުންގެ އަސަރުތައް ނުދެކެނީބާވައެވެ؟) އަދި އޭ މިތިބަ مشرك ންނޭވެ. ތިމަންރަސްކަލާނގެ ކަލޭމެނަށް ނުދެއްވާތަކެތިވެސް އެމީހުންނަށް ދެއްވައި އެމީހުން ބިމުގައި ހަމަޖައްސައިދިނީމެވެ. އަދި އެމީހުންގެމައްޗަށް ބޯވާރޭވެއްސަވައި އަދި އެމީހުންގެ ގަސްތަކުގެދަށުން ފެންއާރުތައް ތިމަންރަސްކަލާނގެ ހިންގެވީމެވެ. ދެންފަހެ އެމީހުން (އެމީހުންގެ رسول ންދޮގުކޮށް އީމާން ނުވިހިނދުން) އެމީހުންގެ ފާފައިގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. އަދި އެމީހުންގެފަހުން ތިމަންރަސްކަލާނގެ އެހެން قرن އެއް އުފެއްދެވީމެވެ.
-
7
وَلَوْ نَزَّلْنَا عَلَيْكَ كِتَـٰبًا فِى قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ
Wa-law nazzalnaa ʻalayka Kitaabañ fee q̣irṭaasiñ falamasoohu biʹaydeehim laq̣aalal laẓeena kafarooo ʹin haaẓaaa ʹillaa siḥrum mubeen.
(އޭ رسول ﷲ އެވެ!) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެމައްޗަށް ކަރުދާހުގައި ލިޔެވިގެންވާ ފޮތެއް ބާވައިލެއްވިނަމަވެސް ދެން އެފޮތުގައި އެކާފަރުންގެ އަތްތަކުން ބީހުމަށްފަހު އެކާފަރުން ހަމަކަށަވަރުން ބުނާނެއެވެ. މިއީ ހަމަ ބަޔާންވެގެންވާ سحر އެއްކަމުގައިމެނުވީ ނުވެއެވެ.
-
8
وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ مَلَكٌ ۖ وَلَوْ أَنزَلْنَا مَلَكًا لَّقُضِىَ ٱلْأَمْرُ ثُمَّ لَا يُنظَرُونَ
Wa-q̣aaloo Laaa-law ʹuñzila ʻalayhi malak? Wa-law ʹañzalnaa malakal laq̣uḍiyal ʹamru s̤umma laa- yuñz̤̣aroon.
އަދި އެމީހުން ބުންޏެވެ. އެކަލޭގެފާނުންގެމައްޗަށް މަލާއިކަތްބޭކަލަކުފޮނުއްވާނޭނަމައެވެ. ނުވަތަ (އެކަލޭގެފާނުންގެ نبي ކަން ތެދުކަން بيان ކޮށްދެއްވުމަށް އެކަލޭގެފާނުންގެ އަރިހުގައި މަލާއިކަތް ބޭކަލަކުނުފޮނުއްވީ ކީއްވެގެންހެއްޔެވެ؟ އޭގެ ޖަވާބުގައި ﷲ وحي ކުރައްވައެވެ.) ތިމަންރަސްކަލާނގެ މަލާއިކަތްބޭކަލަކު ފޮނުއްވިނަމަ ހަމަކަށަވަރުން ކަންތައްވެ ނިމުނީހެވެ.
-
9
وَلَوْ جَعَلْنَـٰهُ مَلَكًا لَّجَعَلْنَـٰهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ
Wa-law jaʻalnaahu malakal lajaʻalnaahu rajulañw wa-la-labasnaa ʻalayhim maa yalbisoon.
އަދި ތިމަންރަސްކަލާނގެ ފޮނުއްވާ رسول އެއީ ملائكة ބޭކަލަކު ކަމުގައި ލެއްވިނަމަ ހަމަކަށަވަރުން އެ ملائكة ބޭކަލަކުވެސް ލެއްވީހީ ފިރިހެނަކު ކަމުގައެވެ. ފިރިހެނެއްގެ ސިފައިގައެވެ. އަދި ކަނޑައެޅިގެން އެމީހުންނަށް އެއޮޅޭކަންތައް ވަކިން ބޮޑަށް ތިމަންރަސްކަލާނގެ އެމީހުންނަށް އޮޅުވައިލައްވައިފީހެވެ.
-
10
وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Wa-laq̣adis tuhziʹa birusulim miñ q̣ablika faḥaaq̣a billaẓeena sakhiroo minhum maa kaanoo bihee yastahziʹoon.
(އޭ رسول ﷲ އެވެ!) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެކުރިން ވަޑައިގެންނެވި رسول ބޭކަލުންނަށް ވެސް މަލާމާތްކުރެވުނެވެ. (އެބަހީ: އެ أمّة ތަކުގެ أهل ވެރިން އެބައެއްގެ ގާތަށް ފޮނުވުނު رسول އާއަށް މަލާމާތްކޮށް ފުރައްސާރަކުރިއެވެ.) ދެންފަހެ އެމީހުންގެތެރެއިން رسول ންނަށް މަލާމާތްކުރިމީހުން އެމީހުން އެކަމަކާމެދު މަލާމާތްކޮށް ފުރައްސާރަކުރި ތަކެތި އެބަހީ عذاب އެމީހުން ލާވަށައިލައިފިއެވެ.
-
11
قُلْ سِيرُوا۟ فِى ٱلْأَرْضِ ثُمَّ ٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ
Q̣ul seeroo fil ʹarḍi s̤ummañ z̤̣uroo kayfa kaana ʻaaq̣ibatul mukaẓẓibeen.
ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! (އެބަހީ: ކަލޭގެފާނު ދޮގުކުރި މީހުންނަށް ވިދާޅުވާށެވެ!) ކަލޭމެން ނިކަން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދައިބަލާށެވެ! ދެން ނިކަން ދޮގުވެރިންގެ ފަހުކޮޅު އެމީހުންގެ ނިމުންހުރީ ކިހިނެއްތޯ ނިކަން ދެކިބަލާށެވެ!
-
12
قُل لِّمَن مَّا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قُل لِّلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ ٱلرَّحْمَةَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ ۚ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ
Q̣ul limam maa fis samaawaati wal-ʹarḍ? Q̣ul lillaah. Kataba ʻalaa Nafsihir Raḥmah. Layajmaʻannakum ʹilaa Yawmil Q̣iyaamati laa- rayba feeh. ʹAllaẓeena khasirooo ʹañfusahum fahum laa- yuʹminoon.
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި ބިމުގައިވާހާތަކެތި ملك ވެގެންވަނީ ކާކަށްތޯ ނިކަން އެމީހުންކުރެން އައްސަވާބައްލަވާށެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަށެވެ. އެތަކެތި ملك ވެގެންވަނީ ﷲ އަށެވެ. އެކަލާނގެ އެކަލާނގެ ذات ފުޅުގެމައްޗަށް رحمة ލިއުއްވިއެވެ. (އެކަލާނގެ އަޅުތަކުންގެމައްޗަށް އެކަލާނގެ رحمة ތަނަވަސްވެގެންވެއެވެ.) އަދި ހަމަކަށަވަރުން قيامة ދުވަހަށް އެކަލާނގެ ކަލޭމެން އެއްކުރައްވާނެއެވެ. (އެއީވެސް އެކަލާނގެ رحمة އެވެ. عقوبة އަވަސް ނުކުރައްވައި توبة ވާނެ އަޅަކު توبة ވުމަށް مُهْلَة ދެއްވީއެވެ. އެއީ رحمة ގެ ތަނަވަސްކަމުގެ ތެރެއިންވާކަމެކެވެ.) އަދި އެ قيامة ދުވަހާއިމެދު އެއްވެސް ޝައްކެއްނެތެވެ. ނުވަތަ މީސްތަކުން އެއްކުރެއްވުމާއިމެދު ޝައްކެއްނެތެވެ. އަދި އެބައިމީހުން އެމީހުންގެ ނަފުސުތައް ގެއްލުމާއި ހަލާކުގެތެރެއަށްލީމީހުން ފަހެ އެމީހުން އީމާން ނުވާނެއެވެ.
-
13
۞ وَلَهُۥ مَا سَكَنَ فِى ٱلَّيْلِ وَٱلنَّهَارِ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
Walahoo maa- sakana fil lay-li wan-nahaar. Wa-Huwas Sameeʻul ʻAleem.
އަދި ރޭގަނޑުގައި ހަނުހިމޭންވާތަކެއްޗާއި އަދި ދުވާލު ހަނުހިމޭންވާތަކެތިވެސް خاصّ ވެ مِلْكُ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
14
قُلْ أَغَيْرَ ٱللَّهِ أَتَّخِذُ وَلِيًّا فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ إِنِّىٓ أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ
Q̣ul ʹag̣ayral laahi ʹattakhiẓu waliyyañ Faaṭiris samaawaati wal-ʹarḍi wa-Huwa yuṭʻimu wa-laa yuṭʻam. Q̣ul ʹinneee ʹumirtu ʹan ʹakoona ʹawwala man ʹaslama wa-laa takoonanna minal mushrikeen.
ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ނޫން އެހެންއެއްޗެއް، އެހެންފަރާތެއް ސަހަރޯވެރިއަކުކަމުގައި، وَلِىّ އަކުކަމުގައި އަހުރެން ހިފަންވީހެއްޔެވެ؟ إختيار ކުރަންވީހެއްޔެވެ؟ އެކަލާނގެއީ އުޑުތަކާއި ބިން މިސާލެއްނެތި ފުރަތަމަވެސް ހެއްދެވި ކަލާނގެއެވެ. އެކަލާނގެ (އަޅުތަކުންނަށް) ކާންދެއްވައެވެ. ރިޒުގު ދެއްވައެވެ. އަދި އެކަލާނގެއަށް ރިޒުގު ނުދެވެއެވެ. އެކަލާނގެ ފަރިއްނުކުޅުއްވައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނަށް އަމުރުވެވިގެންވަނީ އެންމެފުރަތަމަ إسلام ވީމީހާކަމުގައި ވުމަށެވެ. އަދި އެއްގޮތަކަށްވެސް مشرك ންގެތެރެއިން ވެވަޑައި ނުގެންނެވުމަށެވެ.
-
15
قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ
Q̣ul ʹinneee ʹakhaafu ʹin ʻaṣaytu Rabbee ʻaẓaaba Yawmin ʻAz̤̣eem.
ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން ބިރުގަންނަނީ އަހުރެންގެ رَبّ އަށް އުރެދިއްޖެއްޔާ ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށެވެ. (އަހުރެންނަށް އެ عذاب ދެއްވައިފާނެކަމަށެވެ.)
-
16
مَّن يُصْرَفْ عَنْهُ يَوْمَئِذٍ فَقَدْ رَحِمَهُۥ ۚ وَذَٰلِكَ ٱلْفَوْزُ ٱلْمُبِينُ
Mañy yuṣraf ʻanhu yawmaʹiẓin faq̣ad raḥimah; waẓaalikal fawzul mubeen.
އެމީހެއްގެ ކިބައިން އެދުވަހުން عذاب އަނބުރާލެވިއްޖެމީހާ ދުރުކުރެވިއްޖެމީހާ (ދަންނައެވެ!) ހަމަކަށަވަރުން އެމީހަކަށް އެކަލާނގެ رحمة ލައްވައިފިއެވެ. އަދި بيان ވެގެންވާ ނަސީބަކީ އެއީއެވެ.
-
17
وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Wa-ʹiñy yam-saskal laahu biḍurriñ falaa kaashifa lahooo ʹillaa Hoo: wa-ʹiñy yam-saska bikhayriñ fa-Huwa ʻalaa kulli shayʹiñ Q̣adeer.
އަދި ﷲ تعالى ކަލޭގެފާނަށް އުނދަގުލެއް - ދަތިކަމެއް ޖައްސަވައިފިއްޔާ ހަމަ އެކަލާނގެމެނުވީ އެކަން ފިއްލަވާނޭ މީހަކު ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމެއް ދެއްވައިފިއްޔާވެސް (އެކަން ކަލޭގެފާނަށް ލިބުނަނުދީ ހިފަހައްޓައިލެވޭނެ ހަމައެކަކުވެސް ނުވެއެވެ.) ފަހެ އެކަލާނގެ ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
18
وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ
Wa-huwal Q̣aahiru fawq̣a ʻibaadih; wa-Huwal Ḥakeemul Khabeer.
އަދި އެކަލާނގެއީ އަޅުތަކުންގެމައްޗަށް ހުރިހާގޮތަކުންވެސް ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ. (އެހެން ހުރިހާއެއްޗެއް ނިކަމެތިކުރައްވާ قَاهِر އެވެ.) އަދި އެކަލާނގެއީ حكمة ވަންތަ އަދި ހުރިހާކަމެއްގެ خبر ތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
19
قُلْ أَىُّ شَىْءٍ أَكْبَرُ شَهَـٰدَةً ۖ قُلِ ٱللَّهُ ۖ شَهِيدٌۢ بَيْنِى وَبَيْنَكُمْ ۚ وَأُوحِىَ إِلَىَّ هَـٰذَا ٱلْقُرْءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَ ۚ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ ٱللَّهِ ءَالِهَةً أُخْرَىٰ ۚ قُل لَّآ أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَـٰهٌ وَٰحِدٌ وَإِنَّنِى بَرِىٓءٌ مِّمَّا تُشْرِكُونَ
Q̣ul ʹayyu shayʹin ʹakbaru shahaadah? Q̣ulil laahu shaheedum baynee wa-baynakum, wa-ʹooḥiya ʹilayya haaẓal Q̣urʹaanu liʹuñẓirakum̃ bihee wa-mam balag̣. ʹAʹinnakum latashhadoona ʹanna maʻal laahi ʹaalihatan ʹukhraa? Q̣ul laaa ʹashhad! Q̣ul ʹinnamaa Huwa ʹIlaahuñw Waaḥiduñw wa-ʹinnanee bareeeʹum mimmaa tushrikoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހެކިދިނުން އެންމެބޮޑުވެގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ﷲ އެވެ. އަހުރެންނާއި ކަލޭމެނާއިދެމެދު ހެކިވެރިއަކީ އެކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް މި قرآن ބާވައިލެއްވުނީ ކަލޭމެންނަށާއި އަދި މި قرآن އިވުނު މީހަކަށް إنذار ކުރެއްވުމަށެވެ. ﷲ އާއިއެކު އެހެން إلهُ ންތަކެއްވާކަމުގައި ކަލޭމެން ހެކިވަމުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެން އެކަމަށް ހެކިދިނަސް) ތިމަންކަލޭގެފާނު އެކަމަށް ހެކިނުދޭނަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެވާކަންކަށަވަރީ ހަމައެންމެ إله އަކުކަމުގައެވެ. އަދި ކަލޭމެން ތިޔަ شريك ކުރާތަކެތީން އަހުރެން ބަރީއަވެގެންވަމެވެ.
-
20
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمُ ۘ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ
Allaẓeena ʹaataynaahumul Kitaaba yaʻrifoonahoo kamaa yaʻrifoona ʹabnaaaʹahum. ʹAllaẓeena khasirooo ʹañfusahum fahum laa- yuʹminoon.
ތިމަންރަސްކަލާނގެ އެމީހުންނަށް ފޮތްދެއްވި މީހުން އެބަހީ يهودي ންނާއި نصارى އިން އެކަން يعني: އެކަލާނގެ އެއީ ހަމަ އެންމެ إله އެއްކަން ނުވަތަ إسلام دين އެއީ حقّ دين ކަން ނުވަތަ محمّد ގެފާނު އެއީ حقّ نبي އާކަން އެމީހުންނަށް އެމީހުންގެ ފިރިހެންދަރިން އެނގޭފަދައިން އެނގޭނެއެވެ. އެމީހުން އެމީހުންގެ نفس ތައް ގެއްލުވާލާ ހަލާކުކުރިމީހުން ދަންނައެވެ! ފަހެ އެމީހުން އީމާން ނުވާނެއެވެ.
-
21
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ
Wa-man ʹaz̤̣lamu mim-manif taraa ʻalal laahi kaẓiban ʹaw kaẓẓaba biʹAayaatih? ʹInnahoo laa- yufliḥuz̤̣ z̤̣aalimoon.
އަދި ﷲ އަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުރިމީހަކަށްވުރެ ވަކިން ބޮޑުދޮގުވެރިއަކީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން އަނިޔާވެރިންނަށް كامياب ނުވާނެއެވެ.
-
22
وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوٓا۟ أَيْنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمْ تَزْعُمُونَ
Wa-yawma naḥ-shuruhum jameeʻañ s̤umma naq̣oolu lil-laẓeena ʹashrakooo ʹayna shurakaaaʹukumul laẓeena kuñtum tazʻumoon.
އަދި އެންމެންއެކީ ތިމަންރަސްކަލާނގެ محشر ކުރައްވާނޭ ދުވަހުން ދެން شريك ކުރިމީހުންނަށް ތިމަންރަސްކަލާނގެ وحي ކުރައްވާ އަންގަވާހުށީމެވެ. ކަލޭމެން شريك ންކަމުގައި ހީކޮށްގެން شريك ކުރި شريك ންތައް ކޮބައިހެއްޔެވެ؟ (ކަލޭމެންބުނަނީ ތެދުކަމުގައިވަންޏާ އެތަކެތި ނިކަން ގެނެސްބަލާށެވެ!)
-
23
ثُمَّ لَمْ تَكُن فِتْنَتُهُمْ إِلَّآ أَن قَالُوا۟ وَٱللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ
S̤umma lam takuñ fitnatuhum ʹillaaa ʹañ q̣aaloo wallaahi Rabbina maa- kunnaa mushrikeen.
ދެން އެމީހުންގެ އެ فتنة އިގެ يعني: އެސުވާލުގެޖަވާބު އެމީހުން މިފަދައިން ބުނުންމެނުވީ ނުވެއެވެ. "އަޅަމެންގެ رَبُّ ﷲ ގަންދީ ދަންނަވަމެވެ. އަޅަމެން مشرك ންގެތެރެއިން ނުވެއެވެ."
-
24
ٱنظُرْ كَيْفَ كَذَبُوا۟ عَلَىٰٓ أَنفُسِهِمْ ۚ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ
ʹUñz̤̣ur kayfa kaẓaboo ʻalaaa ʹañfusihim wa-ḍalla ʻanhum maa kaanoo yaftaroon.
އެމީހުން އެމީހުންގެ نفس ތަކުގެމައްޗަށް ދޮގުހެދީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ! އަދި އެމީހުން ދޮގުހަދާކަމުގައިވީތަކެތި އެމީހުންގެ ކިބައިން ގެއްލިގެން ދިޔައީއެވެ.
-
25
وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۚ وَإِن يَرَوْا۟ كُلَّ ءَايَةٍ لَّا يُؤْمِنُوا۟ بِهَا ۚ حَتَّىٰٓ إِذَا جَآءُوكَ يُجَـٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ
Wa-minhum mañy yastamiʻu ʹilayk; wa-jaʻalnaa ʻalaa q̣uloobihim ʹakinnatan ʹañy yafq̣ahoohu wa-feee ʹaaẓaanihim waq̣raa; wa-ʹiñy yaraw kulla ʹAayatil laa yuʹminoo bihaa: ḥattaaa ʹiẓaa jaaaʹooka yujaadiloonaka yaq̣oolul laẓeena kafarooo ʹin haaẓaaa ʹillaaa ʹasaaṭeerul ʹawwaleen.
އަދި އެ مشرك ންގެތެރޭގައި ކަލޭގެފާނު ވިދާޅުވާތަކެތީގެ އަޑުއަހާމީހުންވެއެވެ. ހަމައެކަނި އަހާމީހުންނެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތަކުގެމަތީގައި އެމީހުންނަށް ނުވިސްނޭނޭ ގޮތުން ހުރަހެއް ނުވަތަ ނިވަލެއް ލެއްވީމެވެ. އަދި އެމީހުންގެ ކަންފަތްތަކުގެމަތީގައި ބައްކަމެއް ލެއްވީމެވެ. އަދި ކޮންމެފަދަ دليل އެއް حجّة އެއް އެމީހުންނަށް ފެނުނަސް އެމީހުން އެޔަށް އީމާންނުވާނެއެވެ. ތެދުނުކުރާނެއެވެ. އެއީ އެމީހުން ކަލޭގެފާނުންގެ އަރިހަށް އައިސް ކަލޭގެފާނާއި ޖަދަލުކޮށްފުމަށްދާންދެންނެވެ. (ކަލޭގެފާނުގެ نَبي ކަމުގެމައްޗަށް دليل ކުރާ دليل އެމީހުންނަށް ފެނުމަށްފަހު އެ دليل باطل ކުރުމަށް އެމީހުން ކަލޭގެފާނާއި جدل ކުރާނެއެވެ.) ކާފަރުވީމީހުން ބުނާނެއެވެ. މި قرآن މިއީ ހަމަ އިސްވެދިޔަމީހުންގެ ތާކުންތާކުނުޖެހޭ ފުލޯކުވާހަކަތަކެއްކަމުގައި މެނުވީ ނުވެއެވެ.
-
26
وَهُمْ يَنْهَوْنَ عَنْهُ وَيَنْـَٔوْنَ عَنْهُ ۖ وَإِن يُهْلِكُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ
Wa-hum yan-hawna ʻanhu wa-yanʹawna ʻanh: wa-ʹiñy yuh-likoona ʹillaaa ʹañfusahum wa-maa yashʻuroon.
އަދި އެމީހުން އެކަލޭގެފާނުންގެކިބައިން މީސްތަކުން ދުރުކޮށް ނަހީކުރެއެވެ. މަނާކުރެއެވެ. އަދި މީސްތަކުން (އޭގެސަބަބުން) އެކަލޭގެފާނާއި ދުރަށްދެއެވެ. އެކަލޭގެފާނުންގެ ބަސްފުޅު އެހުމަށް ނާދެއެވެ. އަދި އެކަމަކު އެ مشرك ން އެގޮތުން އެމީހުންގެ نفس ތައް މެނުވީ ހަލާކު ނުކުރެއެވެ. (އޭގެސަބަބުން ﷲ ގެ ކޯފާއާއި عذاب އެމީހުންނަށް حقّ ވަނީއެވެ.) އެމީހުންނަށް އެކަންވެސް إحساس ނުކުރެވެއެވެ.
-
27
وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَى ٱلنَّارِ فَقَالُوا۟ يَـٰلَيْتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَـٰتِ رَبِّنَا وَنَكُونَ مِنَ ٱلْمُؤْمِنِينَ
Wa-law taraaa ʹiẓ wuq̣ifoo ʻalan Naari faq̣aaloo yaa-laytanaa nuraddu wa-laa nukaẓẓiba biʹAayaati Rabbinaa wa-nakoona minal Muʹmineen!
އަދި އެމީހުން އެބަހީ مشرك ންތައް قيامة ދުވަހުން ނަރަކައިގާ ބަނދެވިފައި ބެއިތިއްބޭހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެނަމައެވެ. ފަހެ އެހިނދު އެމީހުން ބުނާނެއެވެ. އަހުރެމެން އަލުން ދުނިޔެއަށް ފޮނުވޭނަމަ އޭރުން އަހުރެމެން އަހުރެމެންގެ ربّ ގެ އާޔަތްތައް ދޮގުނުކުރާނަމެވެ! އަދި އަހުރެމެންވާނީ مؤمن ންގެތެރެއިންނެވެ. (އެކަމަކު މިމީހުންގެ މިނަމައިގާއޮތީ އޭރުން ދެން ކޮންފައިދާއެއްބާވައެވެ؟ މިހާރު ނުވި ތައްޔާރެއް އޭރަކުން ނުވެވޭނެއެވެ.)
-
28
بَلْ بَدَا لَهُم مَّا كَانُوا۟ يُخْفُونَ مِن قَبْلُ ۖ وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ وَإِنَّهُمْ لَكَـٰذِبُونَ
Bal badaa lahum maa kaanoo yukhfoona miñ q̣abl. Wa-law ruddoo laʻaadoo limaa nuhoo ʻanhu wa-ʹinnahum lakaaẓiboon.
އަދި ކިއެއްހެއްޔެވެ؟ މީގެކުރިން އެމީހުން ވަންހަނާކުރާކަމުގައިވީ ކަންތައް، އެބަހީ ކާފަރުކަމާއި منافق ކަން އަދި އެކަމުގެ ސަބަބުން އެމީހުންނަށް ހުރި ހަލާކާއި عذابއެމީހުންނަށް ހާމަވެ ފައުޅުވެއްޖެއެވެ. އެބަހީ އެދުވަހުން އެންމެހައި خَلْقُ ތަކުންގެ حاضر ގައި އެމީހުންގެ އެ فضيحة ފައުޅުވާނެއެވެ. އަދި (އެމީހުން އެއެދޭގޮތަށް) އަލުންވެސް އެމީހުން ދުނިޔެއަށް ފޮނުއްވުނުނަމަ ކަށަވަރުންވެސް އެމީހުންގެ އެނުބައި ކަންތައްތަކަށް އެމީހުން رجوع ވާނެއެވެ. އެމީހުންނަކީ ހަމަ ދޮގުވެރިންނެވެ.
-
29
وَقَالُوٓا۟ إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ
Wa-q̣aalooo ʹin hiya ʹillaa ḥayaatunad dunyaa wa-maa naḥnu bimabʻoos̤een.
އަދި އެ مشرك ން ބުނެއެވެ. (آخرة ދުވަހަށް إيمان ނުވާމީހުން ބުނެއެވެ.) އަހުރެމެންގެ މިދުނިޔޭގެ حياة ނޫން އެހެން حياة އެއް އަހުރެމެންނަކަށް ނުވެއެވެ. އަދި އަހުރެމެންނަކީ މަރުވުމަށްފަހު އަލުން ދިރިގެން ފޮނުވޭނޭ ބަޔަކުނޫނެވެ.
-
30
وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَىٰ رَبِّهِمْ ۚ قَالَ أَلَيْسَ هَـٰذَا بِٱلْحَقِّ ۚ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
Wa-law taraaa ʹiẓ wuq̣ifoo ʻalaa Rabbihim! q̣aala ʹalaysa haaẓaa bilḥaq̣q̣? Q̣aaloo balaa wa-Rabbinaa! Q̣aala faẓooq̣ul ʻaẓaaba bimaa kuñtum takfuroon.
(އޭ رسول ﷲ އެވެ!) އެމީހުން - އެބަހީ އެ مشرك ން - އެމީހުންގެ ربّ ގެ حضرة ގައި ކޮޅަށް ބެއިތިއްބިފައި ތިބޭތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނަމައެވެ. އެކަލާނގެ وحي ކުރައްވާހުއްޓެވެ. މިއީ އަޅެފަހެ حقّ އެއް ނޫންހެއްޔެވެ؟ (އެބަހީ محشر ކުރައްވާ حِسَاب ބައްލަވާ ޖަޒާދެއްވުމަކީ حقّ އެއް ނޫންހެއްޔެވެ؟) އެމީހުން ދަންނަވާނެއެވެ. އަޅަމެންގެ رَبّ ގަންދީ ދަންނަވަމެވެ. އެއީ ހަމަ حقّ އެކެވެ. އެކަލާނގެ އަންގަވާނެއެވެ. ކަލޭމެން ކާފަރުވާކަމުގައިވީކަންތަކުގެ ސަބަބުން ކަލޭމެން عذاب ގެރަހަ ލިބިގަންނާށެވެ!
-
31
قَدْ خَسِرَ ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ ۖ حَتَّىٰٓ إِذَا جَآءَتْهُمُ ٱلسَّاعَةُ بَغْتَةً قَالُوا۟ يَـٰحَسْرَتَنَا عَلَىٰ مَا فَرَّطْنَا فِيهَا وَهُمْ يَحْمِلُونَ أَوْزَارَهُمْ عَلَىٰ ظُهُورِهِمْ ۚ أَلَا سَآءَ مَا يَزِرُونَ
Q̣ad khasiral laẓeena kaẓẓaboo bi-liq̣aaaʹil laah,― ḥattaaa ʹiẓaa jaaaʹathumus Saaʻatu bag̣tatañ q̣aaloo yaa-ḥasratanaa ʻalaa maa- farraṭnaa feehaa wa-hum yaḥ-miloona ʹawzaarahum ʻalaa z̤̣uhoorihim. ʹAlaa saaaʹa maa- yaziroon!
ހަމަކަށަވަރުން ﷲ އާއި ބައްދަލުވުން ދޮގުކުރި މީސްތަކުން ގެއްލި ހަލާކުވެއްޖެއެވެ. އެމީހުންގެ ގާތަށް ހަމަކުއްލިއަކަށް قيامة އަތުވެއްޖައުމަށްދާންދެން އެމީހުން އެނުބައި ކަންތައްތައް ކުރުމުގައި ދެމިތިބޭނެއެވެ. (ދެން ކުއްލިއަކަށް قيامة ވުމުން) އެމީހުން ބުނާނެއެވެ. އެ قيامة އާއިމެދު ފަރުވާކުޑަކޮށް إهْمَال ކުރިކަމުގެމައްޗަށް އަހުރެމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެއީ އެމީހުންގެ ބުރިކަށިމަތީ އެމީހުންގެ ފާފަތައް އުފުލާ حال ގައެވެ. ދަންނާށެވެ! އެމީހުން އެކުރާ ފާފަތަކުގެ ނުބައިކަމާއެވެ! އެއުފުލާ ބުރަތަކުގެ ނުބައިކަމާއެވެ!
-
32
وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَعِبٌ وَلَهْوٌ ۖ وَلَلدَّارُ ٱلْـَٔاخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ
Wa-mal ḥayaatud dunyaaa ʹillaa laʻibuñw walahw? Wa-lad-Daarul ʹAakhiratu khayrul lillaẓeena yattaq̣oon. ʹAfalaa taʻq̣iloon?
އަދި ދުނިޔޭގެ މި حياة އަކީ ހަމަ ކުޅިވަރެއްކަމުގައި މެނުވީ ނުވެއެވެ. (އެބަހީ ކުޅިވަރެއް ކުޅެލާފައި އަނބުރާ ކުޅިވަރު ނިމިގެން ގެޔަށް އަންނަކަހަލަ ކަމެކެވެ.) އަދި تقوى ވެރިވީ މީސްތަކުންނަށް ކަނޑައެޅިގެން آخرة ގެ ގޮވަތި ހެޔޮވެގެންވާކަންކަށަވަރެވެ. ކަލޭމެން ފަހެ ވިސްނާ فكر ކޮށް ބުއްދިކޮށް ނަހަދަމުހެއްޔެވެ؟
-
33
قَدْ نَعْلَمُ إِنَّهُۥ لَيَحْزُنُكَ ٱلَّذِى يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَـٰكِنَّ ٱلظَّـٰلِمِينَ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَ
Q̣ad naʻlamu innahoo layaḥzunukal laẓee yaq̣ooloona faʹinnahum laa- yukaẓẓiboonaka wa-laakinnaz̤̣ z̤̣aalimeena biʹAayaatil lahi yaj-ḥadoon.
އަދި އެމީހުން އެދައްކާ ވާހަކަތަކުން ހަމަކަށަވަރުން ކަލޭގެފާނުން ހިތާމަފުޅުކުރައްވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. ފަހެ ހަމަކަށަވަރުން އެމީހުން ކަލޭގެފާނު ދޮގުނުކުރެއެވެ. އަދި އެހެނެއްކަމަކު އަނިޔާވެރިން ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދާ އިންކާރުކުރަނީއެވެ.
-
34
وَلَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ فَصَبَرُوا۟ عَلَىٰ مَا كُذِّبُوا۟ وَأُوذُوا۟ حَتَّىٰٓ أَتَىٰهُمْ نَصْرُنَا ۚ وَلَا مُبَدِّلَ لِكَلِمَـٰتِ ٱللَّهِ ۚ وَلَقَدْ جَآءَكَ مِن نَّبَإِى۟ ٱلْمُرْسَلِينَ
Wa-laq̣ad kuẓẓibat Rusulum miñ q̣ablika faṣabaroo ʻalaa maa- kuẓẓiboo wa-ʹooẓoo ḥattaaa ʹataahum naṣrunaa. Wa-laa mubaddila li-Kalimaatil laah. Wa-laq̣ad jaaʹaka min nabaʹil Mursaleen.
އަދި (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގައި رسول ން ދޮގުކުރެވުނެވެ. (އެބަހީ: އެކިއެކި أمّة އަށް ފޮނުވުނު رسول ން އެ أمّة ތަކުގެމީހުން ދޮގުކުރިއެވެ.) އަދި އެބޭކަލުން އެބޭކަލުންގެމައްޗަށް އެދޮގުކުރެވުނުތަކެއްޗާއިމެދު ކެތްތެރިވެވަޑައިގެންނެވިއެވެ. އަދި ތިމަންރަސްކަލާނގެ نصر އެބޭކަލުންނަށް އަތުވެއްޖައުމަށްދާންދެން އެބޭކަލުންނަށް އުނދަގޫތައް ޖެހުނެވެ. އަދި ﷲ ގެ كلمة ފުޅުތައް ބަދަލުކުރާނެ މީހަކު ނުވެއެވެ. (އެބަހީ: رسول ބޭކަލުންނަށް އެންމެފަހުން نصر ދެއްވުމުގެ كلمة ފުޅު ބަދަލުނުވެއެވެ. ހަމައެފަދައިން މި أمّة ގައިވެސް އެންމެފަހުން نصر އޮންނާނީ رسول އާ އަށެވެ.) އަދި ހަމަކަށަވަރުން އިސްވެދިޔަ رسول ބޭކަލުންގެ خبر ތަކުގެތެރެއިން ބައެއް خبر ކަލޭގެފާނަށް އަތުވެއްޖެއެވެ.
-
35
وَإِن كَانَ كَبُرَ عَلَيْكَ إِعْرَاضُهُمْ فَإِنِ ٱسْتَطَعْتَ أَن تَبْتَغِىَ نَفَقًا فِى ٱلْأَرْضِ أَوْ سُلَّمًا فِى ٱلسَّمَآءِ فَتَأْتِيَهُم بِـَٔايَةٍ ۚ وَلَوْ شَآءَ ٱللَّهُ لَجَمَعَهُمْ عَلَى ٱلْهُدَىٰ ۚ فَلَا تَكُونَنَّ مِنَ ٱلْجَـٰهِلِينَ
Wa-ʹiñ kaana kabura ʻalayka ʹiʻraaḍuhum faʹinis taṭaʻta ʹañ tabtag̣iya nafaq̣añ fil ʹarḍi ʹaw sullamañ fis samaaaʹi fataʹtiyahum̃ biʹAayah. Wa-law shaaʹal laahu lajamaʻahum ʻalal hudaa falaa takoonanna minal jaahileen!
(އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނަށް އެކާފަރުން ފުރަގަސްދިނުމާއި ކަލޭގެފާނު ދޮގުކުރުން ބޮޑުކަމަކަށްވަންޏާ، ދެން ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ ކަލޭގެފާނު ބިމުގެތެރެއިން ބިންގަރާސް މަގަކުން ވަޑައިގެން ނުވަތަ ހަރުގަނޑެއް ނުވަތަ ސިޑިއެއްބަހައްޓަވައި އުޑަށްއަރާވަޑައިގެން (މިހާރު ހުރި دليل އާއި حجّة އަށްވުރެ އިތުރުމޮޅު دليل އަކާއިގެން ވަޑައިގެންނެވެންޏާ ވަޑައިގެންނެވިނަމަވެސް - އެފަދަ ކަމެއް ކަލޭގެފާނަކަށް ނުކުރެއްވޭނެއެވެ. - އަދި ނުވަތަ އެފަދަ دليل އެއް بُرْهان އެއް ކަލޭގެފާނު ގެންނެވިނަމަވެސް ﷲ ގެ أزل ގެ علم ފުޅުގައި އެމީހުން ކަލޭގެފާނު ތެދުކުރުން އިސްވެގޮސްފައިނުވާނަމަ އެމީހުން ކަލޭގެފާނަށް އީމާން ނުވާނެއެވެ.) އަދި ﷲ އެދިވޮޑިގެންނެވިނަމަ އެ އެންމެން ތެދުމަގުގެ މައްޗަށް އެކަލާނގެ ޖަމާކޮށްދެއްވައިފީހެވެ. އަދި ޖާހިލުންގެތެރެއިން ކަލޭގެފާނުވެވަޑައި ނުގަންނަވާށެވެ!
-
36
۞ إِنَّمَا يَسْتَجِيبُ ٱلَّذِينَ يَسْمَعُونَ ۘ وَٱلْمَوْتَىٰ يَبْعَثُهُمُ ٱللَّهُ ثُمَّ إِلَيْهِ يُرْجَعُونَ
ʹInnamaa yastajeebul laẓeena yasmaʻoon. Wal-mawtaa yabʻas̤uhumul laahu s̤umma ʹilayhi yurjaʻoon.
ކަލޭގެފާނުންގެ دعوة އަށް إجابة ދޭނެކަންކަށަވަރީ އަޑުއަހާމީހުންނެވެ. (އެބަހީ: مَنْفَعَ އެއް ކުރާނޭގޮތަށް ބަސްފުޅުއަހާމީހުންނެވެ. (ކާފަރުން އެއީ މަރުވެފައިވާ ބައެއްކަހަލަ ބައެކެވެ. ފައިދާއެއްކުރާފަދަ އެހުމެއް އެމީހުން ނުއަހާނެއެވެ.) އަދި މަރުވެފައިތިބިމީހުން ﷲ محشر އަށް ފޮނުއްވާހުއްޓެވެ. (ކާފަރުންވެސް އެފަދައެވެ.) ދެން އެމީހުން އެނބުރި رجوع ވުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ.
-
37
وَقَالُوا۟ لَوْلَا نُزِّلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ ۚ قُلْ إِنَّ ٱللَّهَ قَادِرٌ عَلَىٰٓ أَن يُنَزِّلَ ءَايَةً وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
Waq̣aaloo laa-law nuzzila ʻalayhi ʹaayatum mir rabbih? Q̣ul ʹinnal laaha Q̣aadirun ʻalaaa ʹañy yunazzila ʹAayatañw Walaakinna ʹaks̤arahum laa- yaʻlamoon.
އަދި ކާފަރުން ބުންޏެވެ. އެކަލޭގެފާނުންގެ رَبّ ގެ حضرة ން (އެކަލޭގެފާނުންގެ رسول ކަމުގެމައްޗަށް دليل ކުރާ) دليل އެކަލޭގެފާނަށް ބާވައިނުލެއްވީ ކީއްވެގެންބާވައެވެ؟ (އޭ رسول ﷲ އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ހަމަކަށަވަރުން دليل އެއް حجّة އެއް ބާވައިލެއްވުމަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.
-
38
وَمَا مِن دَآبَّةٍ فِى ٱلْأَرْضِ وَلَا طَـٰٓئِرٍ يَطِيرُ بِجَنَاحَيْهِ إِلَّآ أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِى ٱلْكِتَـٰبِ مِن شَىْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ
Wa-maa miñ daaabbatiñ fil ʹarḍi wa-laa ṭaaaʹiriny yaṭeeru bijanaaḥayhi ʹillaaa ʹumamun ʹams̤aalukum. Maa- farraṭnaa fil Kitaabi miñ shayʹiñ s̤umma ʹilaa Rabbihim yuḥ-sharoon.
އަދި ބިންމަތީގައި حركاة ތެރިވާ ކޮންމެ ދިރޭއެއްޗެއްވިޔަސް، އަދި އޭގެދެފިޔަގަނޑުން އުދުހޭ ކޮންމެ ދޫންޏެއްވިޔަސް ހަމަ ކަލޭމެންކަހަލަ أمّة ތަކެއް ކަމުގައި މެނުވީނުވެއެވެ. (إنسان ން أمّة އެކެވެ. جِنّ ން أمّة އެކެވެ. ހަތަރެސްފައިޖެހި ޖަނަވާރުގެވެސް أمّة أمّة އެވެ. ދޫނިސޫފާސޫފި أمّة އެކެވެ. ފަނިފަކުސައިގެ ވައްތަރުތައްވެސް أمّة ތަކެކެވެ. މިހުރިހާތަކެތީގެ ހާލުތައް ބައްލަވައި ރިޒުގުދެއްވާކަލަކަށް މެނުވީ އަޅުކަންއަދާކުރެވުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ އެކަލާނގެ وحي ކުރައްވައެވެ.) ތިމަންރަސްކަލާނގެ ފަރުވާކުޑަކުރައްވައި ފޮތުގައި ނުހިމަނުއްވާ ހަމަ އެކައްޗެއްވެސް ނުވާނެއެވެ. އެބަހީ ހުރިހާތަކެތި ފޮތުގައި بيان ކުރެއްވީމެވެ. ހުރިހާތަކެތީގެ ހުރިހާ حال ތަކެއް لوح المحفوظ ގައި بيان ކުރެއްވީމެވެ. ދެން އެތަކެތި محشر ކުރެއްވުން يعني: قيامة ދުވަހުން އެއްކުރެއްވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.)
-
39
وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا صُمٌّ وَبُكْمٌ فِى ٱلظُّلُمَـٰتِ ۗ مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَٰطٍ مُّسْتَقِيمٍ
Wallaẓeena kaẓẓaboo biʹAayaatinaa ṣummuñw wabukmuñ fiz̤̣ z̤̣ulumaat: mañy yashaʹil laahu yuḍ-lilh: wa-mañy yashaʹ yajʻalhu ʻalaa Ṣiraaṭim Mustaq̣eem.
އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރިމީހުންނަކީ އަނދިރީގެތެރޭގައިވާ ބީރު އަދި މަންމަން ބައެކެވެ. (އެބަހީ އެމީހުންނަކީ حقّ ބަހެއްނުއިވޭ ބީރުބައެކެވެ. އަދި حقّ ބަހެއް ނުބުނެވޭ މަންމަން ބައެކެވެ. އެމީހުން އެވާނީ كافر ކަމުގެ އަނދިރީގައި حيران ވެފައެވެ.) ﷲ އެދިވޮޑިގެންނެވިއަޅަކު އެކަލާނގެ މަގުފުރައްދަވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވިއަޅަކު ހަމަ ސީދާތެދުމަގުގައި އެކަލާނގެ ލައްވައެވެ. (އެއީ އެކަލާނގެ أَذَلُ ގެ علم ފުޅު ނިޔާކުރާފަދައެވެ.) والله أعلم.
-
40
قُلْ أَرَءَيْتَكُمْ إِنْ أَتَىٰكُمْ عَذَابُ ٱللَّهِ أَوْ أَتَتْكُمُ ٱلسَّاعَةُ أَغَيْرَ ٱللَّهِ تَدْعُونَ إِن كُنتُمْ صَـٰدِقِينَ
Q̣ul ʹaraʹaytakum ʹin ʹataakum ʻaẓabul laahi ʹaw ʹatatkumus Saaʻatu ʹa-g̣ayral laahi tadʻoon? ʹIñ kuñtum ṣaadiq̣een.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު (މި مشرك ންނަށް) ވިދާޅުވެދެއްވާށެވެ! ކަލޭމެންނަށް ﷲ ގެ عذاب އަތުވެއްޖެއްޔާ ނުވަތަ ކަލޭމެންނަށް قيامة އަތުވެއްޖެއްޔާ قيامة قائم ވެއްޖެއްޔާ ކަލޭމެން ގޮވާ دعاء ކުރާނީ ﷲ ނޫން އެހެންފަރާތަކަށްހެއްޔެވެ؟ (އެހެން ފަރާތަކުން مدد އެއް އެހީއެއް ލިބޭނޭހެއްޔެވެ؟) ކަލޭމެންނަކީ ތެދުވެރިންކަމުގައި ވަންޏާ ކަލޭމެން ނިކަން ބުނެބަލާށެވެ!
-
41
بَلْ إِيَّاهُ تَدْعُونَ فَيَكْشِفُ مَا تَدْعُونَ إِلَيْهِ إِن شَآءَ وَتَنسَوْنَ مَا تُشْرِكُونَ
Bal ʹiyyaahu tadʻoona fayakshifu maa- tadʻoona ʹilayhi ʹiñ shaaʹa watañsawna maa- tushrikoon!
އެހެންނަކުންނެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ގޮވާ دعاء ކުރާނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއަށް ކަލޭމެންގޮވާ دعاء ކުރި ކަންތައް އެކަލާނގެ އެދިވޮޑިގެންފިޔާ އެކަލާނގެ كشف ކުރައްވާ ދުރުކުރައްވާ ފިއްލަވާނެއެވެ. އަދި (އެވަގުތު) ކަލޭމެން އެތަކެއްޗާއި الله އާއެކު شريك ކުރިތަކެތީގެމަތީން، ބުދުތަކުގެމަތިން ކަލޭމެން ހަނދާންނައްތާލައެވެ. ހަނދާންނެތެއެވެ.
-
42
وَلَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَأَخَذْنَـٰهُم بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَتَضَرَّعُونَ
Wa-laq̣ad ʹarsalnaaa ilaaa ʹumamim miñ q̣ablika faʹakhaẓnaahum̃ bil-baʹsaaaʹi waḍ-ḍarraaaʹi laʻallahum yataḍarraʻoon.
އަދި ހަމަވަކަށަވަރުން ކަލޭގެފާނުންގެކުރީގެ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީމެވެ. ދެންފަހެ (އެމީހުން އެބަހީ އެ أمّة ތަކުގެ މީހުން رسول ން ދޮގުކުރިހިނދުން) އެމީހުން فقير ކަމާއި ބަލިމަޑުކަމުގެގޮތްތައް ދިމާކުރައްވައި އެމީހުން إمتحان ކުރެއްވީމެވެ. (އަދި އެމީހުން إيمان ވެ ކިޔަމަންނުވުމުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން ހިއްޕެވީމެވެ.) އެއީ އެމީހުން ބިރުވެތިވެ إخلاص ތެރިވޭތޯއެވެ.
-
43
فَلَوْلَآ إِذْ جَآءَهُم بَأْسُنَا تَضَرَّعُوا۟ وَلَـٰكِن قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ مَا كَانُوا۟ يَعْمَلُونَ
Falawlaaa ʹiẓ jaaaʹahum̃ baʹsunaa taḍarraʻoo walaakiñ q̣asat q̣uloobuhum wa-zayyana lahumush Shayṭaanu maa- kaanoo yaʻmaloon.
ފަހެ އެމީހުންނަށް ތިމަންރަސްކަލާނގެ إمتحان އައިހިނދުން އެމީހުން ބިރުވެތިވެ ކިޔަމަންތެރިވެ إخلاض ތެރިވީނަމައެވެ. (އެހެނެއްނުވިއެވެ.) އަދި ކިޔެއްހެއްޔެވެ؟ އެމީހުން ހިއްތައް ހަރުކަށިވެ ގަދަވީއެވެ. އަދި އެމީހުން ކުރާކަމުގައިވި (ނުބައި) ކަންތައްތައް شيطان އާ އެމީހުން ޒީނެއްތެރިކޮށް ދިނީއެވެ.
-
44
فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦ فَتَحْنَا عَلَيْهِمْ أَبْوَٰبَ كُلِّ شَىْءٍ حَتَّىٰٓ إِذَا فَرِحُوا۟ بِمَآ أُوتُوٓا۟ أَخَذْنَـٰهُم بَغْتَةً فَإِذَا هُم مُّبْلِسُونَ
Falammaa nasoo maa- ẓukkiroo bihee fataḥnaa ʻalayhim ʹabwaaba kulli shayʹ; ḥattaaa ʹiẓaa fariḥoo bimaaa ʹootooo ʹakhaẓnaahum̃ bag̣tatañ faʹiẓaa hum mublisoon.
ފަހެ ތިމަންރަސްކަލާނގެ އެމީހުންނަށް أمر ކުރެއްވި ކަންތައް އެމީހުން ނުކޮށް ދޫކޮށްލިހިނދުން ތިމަންރަސްކަލާނގެ އެމީހުންމައްޗައް ހުރިހާ نعمة ގެ ދޮރުތައް ހުޅުވައިލީމެވެ. (ހުރިހާ ބާވަތެއް نعمة އެއްދެއްވީމެވެ. ތިޔާގިކަމާއި ތަނަވަސްކަމާ ބަލިން ފަސޭހަވުމާއި މިހުރިހާކަމެއް ދެއްވީމެވެ.) އެއީ އެމީހުން އެކަމުގައި އުފާކޮށް މަޖާކޮށްފުމަށްދާންދެއެވެ. ދެން ހަމަކުއްލިއަކަށް ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކުކުރެއްވީމެވެ. އެހައިރުން އެމީހުންވީ ހިތާމަކޮށް ބަރުބާދުވެގެންދިޔަބައަކު ކަމުގައެވެ.
-
45
فَقُطِعَ دَابِرُ ٱلْقَوْمِ ٱلَّذِينَ ظَلَمُوا۟ ۚ وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ
Faq̣uṭiʻa daa-birul q̣awmil laẓeena z̤̣alamoo. Wal-Ḥamdu lillaahi Rabbil ʻAalameen.
ފަހެ އަނިޔާވެރިވެގެންވީމީހުންގެ ބުރިކަށިތައް ކެނޑެވި ހަލާކުވެދިޔައީއެވެ. އަދި އެންމެހައި ثناء އާއި تعريف އެއްހުރީ ﷲ އަށެވެ. އެއީ عالم ތަކުގެވެރި رَبّ އެވެ.
-
46
قُلْ أَرَءَيْتُمْ إِنْ أَخَذَ ٱللَّهُ سَمْعَكُمْ وَأَبْصَـٰرَكُمْ وَخَتَمَ عَلَىٰ قُلُوبِكُم مَّنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِهِ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَـٰتِ ثُمَّ هُمْ يَصْدِفُونَ
Q̣ul ʹaraʹaytum ʹin ʹakhaẓal laahu samʻakum wa-ʹabṣaarakum wa-khatama ʻalaa q̣uloobikum man ʹilaahun g̣ayrul laahi yaʹteekum̃ bih? ʹUñz̤̣ur kayfa nuṣarriful ʹaayaati s̤umma hum yaṣdifoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ އިވުންތަކާއި ފެނުންތައް ﷲ ގެންދަވައިފިއްޔާ އަދި ކަލޭމެންގެ ހިތްތަކުގައި އެކަލާނގެ ސިއްކަޖައްސަވައި ބަންދުކުރައްވައިފިއްޔާ ދެން އެތަކެތި ކަލޭމެނަށް ގެނަސްދޭނީ ﷲ ނޫން ދެން ކޮން إله އެއްހެއްޔެވެ؟ (އެފަދަ ކަމެއް ކުރެވޭނެ އެކަލާނގެނޫން އެހެން إله އަކު ނުވެއެވެ.) آية ތަކާއި حجّة ތައް ތިމަންރަސްކަލާނގެ ބަދަލުކުރައްވާ އަނބުރުއްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ބައްލަވާށެވެ! ދެންވެސް އެމީހުން (قبول ނުކޮށް) އެނބުރި ފުރަގަސްދެނީއެވެ.
-
47
قُلْ أَرَءَيْتَكُمْ إِنْ أَتَىٰكُمْ عَذَابُ ٱللَّهِ بَغْتَةً أَوْ جَهْرَةً هَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلظَّـٰلِمُونَ
Q̣ul ʹaraʹaytakum ʹin ʹataakum ʻaẓaabul laahi bag̣tatan ʻaw jahratan hal yuhlaku ʹillal q̣awmuz̤̣ z̤̣aalimoon!
(އޭ رسول ﷲ އެވެ!) ﷲ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކުރާމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ!) ކަލޭމެންނަށް ﷲ ގެ عذاب ހަމަކުއްލިއަކަށް ނުވަތަ ކަލޭމެން ބަލަބަލާތިއްބާ ހަމަފައުޅުގައި އަތުވެއްޖެއްޔާވެސް އަނިޔާވެރިންމެނުވީ، އެބަހީ مشرك ން މެނުވީ ހަލާކުވާނޭހެއްޔެވެ؟
-
48
وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۖ فَمَنْ ءَامَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
Wa-maa nursilul Mursaleena ʹillaa mubashshireena wa-muñẓireen. Faman ʹaamana wa-ʹaṣlaḥa falaa khawfun ʻalayhim wa-laa hum yaḥzanoon.
އަދި އުފާވެރިކަމުގެ خبر ދެއްވުމަށާއި އަދި ބިރުވެރިކަމުގެ خبر ދެއްވުމަށްމެނުވީ ތިމަންރަސްކަލާނގެ (އެއްވެސް أمّة އަކަށް) رسول ބޭކަލުން ނުފޮނުއްވަމެވެ. ދެން އެބޭކަލުންނަށް إيمان ވެ، އެބޭކަލުން ތެދުކޮށް إصلاح ކޮށް އެބަހީ: ހެޔޮ عمل ކޮށް ހެދިމީހުންނަށް އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި އެމީހުންނީ ހިތާމަކުރާނެބަޔަކުކަމުގައި ނުވެއެވެ.
-
49
وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا يَمَسُّهُمُ ٱلْعَذَابُ بِمَا كَانُوا۟ يَفْسُقُونَ
Wallaẓeena kaẓẓaboo biʹAayaatinaa yamassuhumul ʻaẓaabu bimaa kaanoo yaf-suq̣oon.
އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރިމީހުންނަށް (ތިމަންރަސްކަލާނގެ) ކޯފާއާއި عذاب ލިބޭހުއްޓެވެ. އެއީ އެމީހުން فاسق ކުރާކަމުގެ ސަބަބުންނެވެ. އެބަހީ އެމީހުން ދޮގުކުރާކަމުގެ ސަބަބުންނެވެ.
-
50
قُل لَّآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ لَكُمْ إِنِّى مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ
Q̣ul laaa ʹaq̣oolu lakum ʻiñdee khazaaaʹinul laahi wa-laaa ʹaʻlamul g̣ayba wa-laaa ʹaq̣oolu lakum ʹinnee malak. ʹIn ʹattabiʻu ʹillaa maa- yooḥaaa ʹilayy. Q̣ul hal yastawil ʹaʻmaa wal-baṣeer? ʹAfalaa tatafakkaroon?
ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ އަތުގައި ﷲ ގެ خزانة ތައްވެއެކޭ އަހުރެން ކަލޭމެނަކަށް ނުބުނާނަމެވެ. އަދި އަހުރެންނަށް غيب ގެ علم އެނގެއެކޭވެސް އަހުރެން ކަލޭމެންނަކަށް ނުބުނަމެވެ. އަދި އަހުރެންނަކީ މަލާއިކަތެކޭވެސް އަހުރެން ކަލޭމެނަކަށް ނުބުނަމެވެ. އަދި އަހުރެންނަށް އިއްވޭ وحي ގައިވާ އެއްޗަކަށް މެނުވީ އަހުރެން تبع ވާކަމުގައި ނުވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ލޮލަށް ނުފެންނަ މީހާއާއި އަދި ލޮލަށްފެންނަމީހާއާއި ދެމީހުން ފަހެ އެއްވަރުވާނޭހެއްޔެވެ؟ (އެބަހީ: ލޮލަށް ފެންނަތަކެތީން އެއްވެސް عبرة އެއް حاصل ނުކުރާ ކާފަރުމީހާއާއި عبرة حاصل ކޮށް އީމާންވެގެންވާ مؤمن މީހާޔާއި ދެމީހުން) އެއްވަރުވާނޭހެއްޔެވެ؟ މިދެމީހުންގެ حال އެއްވަރުނުވާނެކަން ކަށަވަރެވެ. ކަލޭމެން ފަހެ އެއްޗެއް ވިސްނާ فكر ކޮށް ނަހަދަނީ ކީއްވެގެންބާވައެވެ؟
-
51
وَأَنذِرْ بِهِ ٱلَّذِينَ يَخَافُونَ أَن يُحْشَرُوٓا۟ إِلَىٰ رَبِّهِمْ ۙ لَيْسَ لَهُم مِّن دُونِهِۦ وَلِىٌّ وَلَا شَفِيعٌ لَّعَلَّهُمْ يَتَّقُونَ
Wa-ʹañẓir bihil laẓeena yakhaafoona ʹañy yuḥ-sharooo ʹilaa Rabbihim laysa lahum miñ doonihee waliyyuñw walaa shafeeʻul laʻallahum yattaq̣oon.
(އޭ رسول ﷲ އެވެ!) އަދި ތިމާމެން ތިމާމެންގެ ربّ ގެ حضرة އަށް محشر ކުރެވޭނެކަމާއިމެދު يعني: އެއްކުރެވޭނެކަމާއިމެދު ބިރުވެތިވާ އަޅުންނަށް ކަލޭގެފާނު އެ قرآن ން إنذار ކުރައްވާ ބިރުވެތިކުރުވާށެވެ! އެމީހުންނަށް އޭރުން ތިމާމެންނަށް އެކަލާނގެ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިޔަސް އަދި شفاعة ތެރިއަކުވިޔަސް ނުވާކަން އެމީހުން ރަނގަޅަށް ދަންނާނެއެވެ. އެފަދަމީހުންނަށް އެމީހުން ބިރުވެތިވެ تقوى ވެރިވޭތޯ إنذار ކުރައްވާށެވެ!
-
52
وَلَا تَطْرُدِ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ مَا عَلَيْكَ مِنْ حِسَابِهِم مِّن شَىْءٍ وَمَا مِنْ حِسَابِكَ عَلَيْهِم مِّن شَىْءٍ فَتَطْرُدَهُمْ فَتَكُونَ مِنَ ٱلظَّـٰلِمِينَ
Wa-laa taṭrudil laẓeena yadʻoona Rabbahum̃ bil-g̣adaati wal-ʻashiyyi yureedoona Waj-hah. Maa- ʻalayka Min ḥisaabihim miñ shayʹiñw wamaa min ḥisaabika ʻalayhim miñ shayʹiñ fataṭrudahum fatakoona minaz̤̣ z̤̣aalimeen.
އަދި އެބައިމީހުން އެމީހުންގެ رَبّ ގެ وجه ފުޅު އެދިގެން - އެކަލާނގެ ރުހިވޮޑިގަތުން އެދިގެން - ހެނދުނާއި ހަވީރު އެމީހުންގެ رَبّ އަށް دعاء ކޮށް (فرض ފަސްނަމާދުކޮށް) ހަދާމީހުން ކަލޭގެފާނު ދުރުކުރައްވާ ފައްސަވާ ނުލައްވާށެވެ! (އެހެނީ) އެމީހުންގެ ހިސާބުގެތެރެއިން އެއްވެސް އެއްޗެއް ކަލޭގެފާނުންގެ މައްޗަކަށް ނުވެއެވެ. (އެމީހުންގެ ހިސާބާއި ކަލޭގެފާނު ذِمّة ވާކަށް ނުޖެހޭނެއެވެ.) އަދި ކަލޭގެފާނުންގެ ހިސާބުގެ އެއްވެސް އެއްޗެއް އެމީހުންގެމައްޗަކަށް ނުވެއެވެ. (އެހެން އެކަންއޮތްއިރު) ދެން ކަލޭގެފާނު އެމީހުން ފައްސާލައްވާ ދުރުކުރައްވައިފިއްޔާ ފަހެ ކަލޭގެފާނު އޭރުންވެވަޑައިގަންނަވާނީއަނިޔާވެރިންގެ ތެރެއިންނެވެ. • ދަންނައެވެ! ابن مسعود ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއް أبو جعفر الطّبرى އެކަލޭގެފާނުންގެ تفسير ގައި ލިއުއްވާފައިވެއެވެ. نبيُّ ﷲ ﷺ ގެ އަރިހަށް قريش ންގެ ބޮޑެތި ބަޔަކު ވަޑައިގެންނެވިއެވެ. އެއީ ކާފަރު ބައެކެވެ. އޭރު އެކަލޭގެފާނުންގެ އަރިހުގައި مسلم ންގެ މާތްބަޔަކު އެކަމަކު ނިކަމެތިވެ ދެރަ ضعيف ބަޔަކުވެއެވެ. އެއީ صَهَيبُ އާއި عَمَّار އާއި بِلاَل އާއި خَبَّابُ އާއި އަދިވެސް މިފަދަ އެހެންމީހުންނެވެ. ދެންފަހެ قريش ންގެ ބޮޑެތި ކާފަރުން رسول ﷲ ﷺ އަށް ދެންނެވީ ކަލޭގެފާނު ތިޔަ ރުހިވަޑައިގަންނަވަނީ މިމީސްމީހުންނަށްތޯއެވެ؟ އަހުރެމެން ފިޔަވައި ﷲ އެބައެއްގެމައްޗަށް ދަރުމަވަންތަވެރިވެވޮޑިގެންނެވިބަޔަކީ މިއީތޯއެވެ؟ އަހުރެމެން މިމީހުންނާއި تبع ވެގެން އުޅެންވީތޯއެވެ؟ އެމީހުން އުޅޭގޮތަށް އުޅެންވީތޯއެވެ؟ ކަލޭގެފާނު އެމީހުން ދުރުކުރައްވައި ފައްސަވައިލައްވާށެވެ! ކަލޭގެފާނުންގެ އަރިހުން ކަލޭގެފާނު އެމީހުން ދުރުކުރައްވައި ފައްސައިލައްވަވައިއިފިއްޔާ އަހުރެމެން ކަލޭގެފާނާ تبع ވެވުން أمّيد ކުރެވެއެވެ. މިއެވެ. އެ وَاقعة އާއި ގުޅިގެން އިސްވެދިޔަ އާޔަތް ބާވައިލެއްވުނުކަމުގައިވެއެވެ. މިމާނާއިގައިވާ ވަރަށްގިނަ ރިވާޔަތް އައިސްފައިވެއެވެ.
-
53
وَكَذَٰلِكَ فَتَنَّا بَعْضَهُم بِبَعْضٍ لِّيَقُولُوٓا۟ أَهَـٰٓؤُلَآءِ مَنَّ ٱللَّهُ عَلَيْهِم مِّنۢ بَيْنِنَآ ۗ أَلَيْسَ ٱللَّهُ بِأَعْلَمَ بِٱلشَّـٰكِرِينَ
Wa-kaẓaalika fatannaa baʻḍahum̃ bibaʻḍil liyaq̣oolooo ʹahaaaʹulaaaʹi mannal laahu ʻalayhim min bay-ninaa? ʹAlaysal laahu biʹaʻlama bishshaakireen.
އަދި ތިމަންރަސްކަލާނގެ އޭގެ އެއްބައެއްފަރާތުން އަނެއްބަޔަކު إمتحان ކުރައްވާ ޗެކްކުރައްވަނީ އެފަދައިންނެވެ. އެއީ އެމީހުން ބުނުމަށެވެ. "އަހުރެމެންގެމައްޗަށް ﷲ ދަރުމަވަންތަވެވޮޑިގެންނެވިބަޔަކީ މިމީހުން ހެއްޔެވެ؟ (މިނިކަމެތި ދެރަމީހުންހެއްޔެވެ؟) މީގެ جواب ގައި ﷲ އެއަންގަވަނީ: شكر ކުރާމީހުން މޮޅަށް ދެނެވޮޑިގަންނަވާ ކަލަކުކަމުގައި ﷲ ނުވޭހެއްޔެވެ؟ އެބަހީ ދެނެވޮޑިގެންވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.
-
54
وَإِذَا جَآءَكَ ٱلَّذِينَ يُؤْمِنُونَ بِـَٔايَـٰتِنَا فَقُلْ سَلَـٰمٌ عَلَيْكُمْ ۖ كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ ٱلرَّحْمَةَ ۖ أَنَّهُۥ مَنْ عَمِلَ مِنكُمْ سُوٓءًۢا بِجَهَـٰلَةٍ ثُمَّ تَابَ مِنۢ بَعْدِهِۦ وَأَصْلَحَ فَأَنَّهُۥ غَفُورٌ رَّحِيمٌ
Wa-ʹiẓaa jaaaʹakal laẓeena yuʹminoona biʹAayaatinaa faq̣ul Salaamun ʻalaykum kataba Rabbukum ʻalaa Nafsihir Raḥmata ʹannahoo man ʻamila miñkum soooʹam bijahaalatiñ s̤umma taaba mim baʻdihee wa-ʹaṣlaḥa faʹannahoo G̣afoorur Raḥeem.
އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާމީހުން ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއްޔާ ފަހެ ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. ކަލޭމެންގެ رَبّ އެކަލާނގެ ذات ފުޅުގެމައްޗަށް رحمة فرض ކުރައްވާ ލިއުއްވާފައިވެއެވެ. ހަމަކަށަވަރުން ކަލޭމެންކުރެ މީހަކު ނޭނގިގެން އޮޅުމެއްގެތެރޭގައި ނުބައިކަމެއްކުރެވުނަސް ދެން އެމީހަކު އޭގެފަހުން توبة ވެ صالح عمل ކޮށްފި ކޮންމެ މީހަކަށް (އެކަލާނގެ ފުއްސަވައެވެ.) ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
55
وَكَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ وَلِتَسْتَبِينَ سَبِيلُ ٱلْمُجْرِمِينَ
Wa-kaẓaalika nufaṣṣilul ʹAayaati wa-litastabeena sabeelul mujrimeen.
އަދި ތިމަންރަސްކަލާނގެ އާޔަތްތައް تفصيل ކޮށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. (އެއީ މި سورة ގެ މިހާތަނަށްވެސް مشرك ންގެމައްޗަށް ތިމަންރަސްކަލާނގެ އާޔަތްތަކާއި حجّة ތައް بيان ކޮށްދެއްވި ފަދައިންނެވެ.) އަދި ކަލޭގެފާނުން مُجْرِمُ ންގެމަގު بيان ކޮށްދެއްވުމަށެވެ. (އެމީހުންގެ ކަންތައް ހުންނަގޮތާއި أصول ތައް ހުންނަގޮތް މީސްތަކުންނަށްވެސް އެންގެވުމަށެވެ.)
-
56
قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ ۚ قُل لَّآ أَتَّبِعُ أَهْوَآءَكُمْ ۙ قَدْ ضَلَلْتُ إِذًا وَمَآ أَنَا۠ مِنَ ٱلْمُهْتَدِينَ
Q̣ul ʹinnee nuheetu ʹan ʹaʻbudal laẓeena tadʻoona miñ doonil laah. Q̣ul Laaa ʹattabiʻu ʹahwaaaʹakum q̣ad ḍalaltu ʹiẓañw Wamaaa ʹana minal Muhtadeen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ مشركُ ންނޭވެ!) ﷲ ފިޔަވައި އެތަކެއްޗަށް ކަލޭމެން ތިޔަ އަޅުކަންކުރާ ތަކެއްޗަށް އަޅުކަންކުރުން އަހުރެންނަށް ނަހީވެވިގެންވެއެވެ. (އެބަހީ: ﷲ ވަނީ އެކަން އަހުރެންނަށް ނަހީކުރައްވާ މަނާކުރައްވާފައެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ هوى نفس އާއި - ކަލޭމެންގެ އަމިއްލައެދުމާއި އަހުރެން تبع ނުވާހުށީމެވެ. އެހެންކަމަށްވެއްޖެއްޔާ އެބަހީ ކަލޭމެން އެދޭގޮތަށް އަހުރެން تبع ވެއްޖެއްޔާ ހަމަކަށަވަރުން އަހުރެން މަގުފުރެދުނީއެވެ. އަދި ތެދުމަގު ލިބިގެންވާމީހުންގެތެރެއިން އަހުރެން ނުވާނެއެވެ.
-
57
قُلْ إِنِّى عَلَىٰ بَيِّنَةٍ مِّن رَّبِّى وَكَذَّبْتُم بِهِۦ ۚ مَا عِندِى مَا تَسْتَعْجِلُونَ بِهِۦٓ ۚ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۖ يَقُصُّ ٱلْحَقَّ ۖ وَهُوَ خَيْرُ ٱلْفَـٰصِلِينَ
ʹinnee Q̣ul ʻalaa bayyinatim mir Rabbi Wakaẓẓabtum̃ bih. Maa- ʻiñdee maa- tastaʻjiloona bih. ʹInil Ḥukmu ʹillaa lillaah: yaq̣uṣṣul Ḥaq̣q̣a wa-Huwa khayrul faaṣileen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު މިވަނީ ތިމަންކަލޭގެފާނުންގެ رَبّ ގެ حضرة ންވާ بيان އެއްގެމަތީގައެވެ. (އެކަލާނގެ އެއްކައުވަންތަކަމާއި އަޅުކަން އެކަލާނގެއަށް إخلاص ތެރިކުރަންވާނެކަމުގެ حجّة އާއި دليل ގެމަތީގައެވެ.) އަދި ކަލޭމެން އެކަލާނގެ ދޮގުކުރީއެވެ. އަދި ކަލޭމެން އެއެއްޗެއް އަވަސްވުމަށް އެދޭ އެތި ތިމަންކަލޭގެފާނުގެ އަރިހުގައި ނުވެއެވެ. (އެއީ ކަލޭމެންނަށް عذاب އައުމެވެ. އަދި އެ عذاب ގެނައުމަކީވެސް ތިމަންކަލޭގެފާނަށް ކުޅަދާނަކަމެއްނޫނެވެ.) އަދި ތިމަންކަލޭގެފާނާއި ކަލޭމެނާއި ދެމެދު حكم ކުރެއްވުން ހަމަ ﷲ އަށް މެނުވީ ނުވެއެވެ. އެކަލާނގެ حقّ ބަސް ބަޔާންކޮށްދެއްވައި حقّ ނިޔާކޮށްދެއްވާނެއެވެ. އަދި އެކަލާނގެއީ އެންމެހެޔޮކޮށް ނިޔާކުރައްވާ ކަލާނގެއެވެ.
-
58
قُل لَّوْ أَنَّ عِندِى مَا تَسْتَعْجِلُونَ بِهِۦ لَقُضِىَ ٱلْأَمْرُ بَيْنِى وَبَيْنَكُمْ ۗ وَٱللَّهُ أَعْلَمُ بِٱلظَّـٰلِمِينَ
Q̣ul law ʹanna ʻiñdee maa- tastaʻjiloona bihee laq̣uḍiyal ʹamru baynee wa-baynakum. Wallaahu ʹaʻlamu biz̤̣z̤̣aalimeen.
ކަލޭގެފާނު ވިދާޅުވާށެވެ! އެއެއްޗެއް އަވަސްވުމަށް ކަލޭމެން ތިޔައެދޭއެތި ތިމަންކަލޭގެފާނުންގެ އަރިހުގައިވާނަމަ ތިމަންކަލޭގެފާނާއި ކަލޭމެންނާއިދެމެދު ކަންވެ ނިމިއްޖައީހެވެ. (އަދި ކަމުގެ މުގޫވަނީ ﷲ އަށެވެ. އެ عذاب ފޮނުއްވާނޭ وقت އެއް އަދި އޭގެ މިންވަރެއް ދެނެވޮޑިގަންނަވަނީ ހަމަ އެކަލާނގެއެވެ.) އަދި އަނިޔާވެރިންނާމެދު (ކަންތައްކުރައްވާނެގޮތެއް) ދެނެވޮޑިގަތުން ބޮޑީ ހަމަ ﷲ އެވެ.
-
59
۞ وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِى ظُلُمَـٰتِ ٱلْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِى كِتَـٰبٍ مُّبِينٍ
Wa-ʻiñdahoo mafaatiḥul G̣aybi laa- yaʻlamuhaaa ʹillaa Hoo. Wayaʻlamu maa- fil barri wal-baḥr. Wa-maa tasq̣uṭu miñw waraq̣atin ʹillaa yaʻlamuhaa wa-laa ḥabbatiñ fee z̤̣ulumaatil ʹarḍi wa-laa raṭbiñw wa-laa yaabisin ʹillaa fee Kitaabim Mubeen.
އަދި غيب ގެ ތަޅުދަނޑިތައްވަނީ ހަމަ ﷲ ގެ حضرة ގައެވެ. އެތަކެތި ހަމަ އެކަލާނގެއަށްމެނުވީ ނޭނގެއެވެ. (ابن عبّاس ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވަނީ އެއީ މައިގަނޑު ފަސްއެއްޗެކެވެ. لقمان ސޫރަތް ނިމޭތާ بيان ވެގެން އެވަނީ އެފަސްކަމެވެ. އެއީ (1) قيامة ވާނެވަގުތެއް އެނގުން. (2) ވާރޭވެހުމާއި ބެހޭ ކަންތައްތައް އެނގުން. (3) މައިމީހާގެ رَحِمُ ގައިވާ ސިއްރުތައް އެނގުން. (4) މާދަމާ ކުރާނެކަމެއްވެސް އެނގުން. (5) މަރުވާނީ ކޮންރަށަކުކަން ކޮން ބިމަކުކަން އެނގުން. މި ފަސްކަމެވެ. والله أعلم) ފަހެ މިކަންކަން އެކަލާނގެ ނޫން ހަމައެކަކަށްވެސް ނޭނގެއެވެ. އަދި އެއްގަމާއި ކަނޑުގައިވާހާކަމެއްވެސް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި ގަހަކުން ވެއްޓޭ ފަތެއްވިޔަސް އެ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވާ މެނުވީ ނުވެއެވެ. އަދި ބިމުގެ އަނދިރި ތަންތާނގެ އަނދިރީގައިވާ އޮށްޓަރެއްވިޔަސް އަދި ތެތް ރޯ އަދި ތާޒާއެއްޗެއްކަމުގައިވިޔަސް އަދި ނުވަތަ ހިކިފައިވާ އެއްޗެއްކަމުގައިވިޔަސް އެ އެއްޗެއް بيان ވެގެންވާ ފޮތެއްގައި ލިޔެވިގެންވާމެނުވީ ނުވެއެވެ. އެއީ لوح المحفوظ އެވެ. (އެބަހީ އެއްގަމާއި ކަނޑުގެ އަދި އުޑުތަކާއި ބިމުގެ އަދި އެދެމެދުގައިވާހާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. ހުރިހާ އެއްޗެއް ދެނެވޮޑިގެންވެއެވެ.)
-
60
وَهُوَ ٱلَّذِى يَتَوَفَّىٰكُم بِٱلَّيْلِ وَيَعْلَمُ مَا جَرَحْتُم بِٱلنَّهَارِ ثُمَّ يَبْعَثُكُمْ فِيهِ لِيُقْضَىٰٓ أَجَلٌ مُّسَمًّى ۖ ثُمَّ إِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
Wa-Huwal laẓee yatawaffaakum̃ billayli wayaʻlamu maa- jaraḥtum̃ bin-nahaari s̤umma yabʻas̤ukum feehi liyuq̣ḍaaa ʹajalum musammaa. S̤umma ʹilayhi marjiʻukum s̤umma yunabbiʹukum̃ bimaa kuñtum taʻmaloon.
އަދި ރޭގަނޑުގެ ވަގުތުތަކުގައި (އެބަހީ ނިދާއިރު) ކަލޭމެންގެ ފުރާނަތައް ހިފަހައްޓަވަނީ ހަމަ އެކަލާނގެއެވެ. އަދި ދުވާލުގެ ވަގުތުތަކުގައި ކަލޭމެން ކަލޭމެންގެ ގުނަވަންތަކުން ކުރާ ކަންތައްތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ދެން އަލުންވެސް (އެބަހީ: ރޭގަނޑު ފުރާނަތައް ހިފެހެއްޓެވުމަށްފަހު / ހިއްޕެވުމަށްފަހު) ދެން އަލުންވެސް ދުވާލު އެކަލާނގެ ކަލޭމެންގެ ފުރާނަތައް ފޮނުއްވައެވެ. އެއީ ކަނޑައެޅިގެންވާ مُدّة އަކާއި ހަމައަށް ކަލޭމެން މަސައްކަތްކޮށް އުޅުމަށެވެ. (އެއީ ދުނިޔޭގެ حياة ވޭތިކޮށް މަރުވާންދެންނެވެ. ދެން އަލުންވެސް ކަލޭމެން (قيامة ދުވަހުން) رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. ދެން އެކަލާނގެ ކަލޭމެން ދުނިޔޭގައިތިބެގެން ކުރާކަމުގައި ވީކަންތަކުގެ خبر ދެއްވާނެއެވެ.
-
61
وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ
Wa-Huwal Q̣aahiru fawq̣a ʻibaadihee wa-yursilu ʻalaykum ḥafaz̤̣ah. Ḥattaaa ʹiẓaa jaaaʹa ʹaḥadakumul mawtu tawaffathu rusulunaa wahum laa- yufarriṭoon.
އަދި އެކަލާނގެއީ (ހުރިހާތަކެތި ނިކަމެތިކުރައްވާ ބަލިކުރައްވާ) އަޅުތަކުންގެ މައްޗަށް ގަދަފަދަވެ ވޮޑިގެންވާ ކަލާނގެއެވެ. އަދި ކަލޭމެންނާއި ކަލޭމެންގެ عمل ތައްވެސް ރައްކާތެރިކޮށް ބެލެހެއްޓެވުމަށް އެކަލާނގެ ކަލޭމެންގެމައްޗަށް حَفَظَة ން ފޮނުއްވައެވެ. އެއީ ރައްކާތެރިކަމާއިއެކު ކަލޭމެން ބަލަހައްޓަވާ މަލާއިކަތް ބޭކަލުންނެވެ. ކަލޭމެންކުރެ މީހަކަށް މަރުއަތުވެއްޖައުމަށްދާންދެނެވެ. ދެން ތިމަންރަސްކަލާގެ ފޮނުއްވި މަލާއިކަތްބޭކަލުން އޭނާ މަރުހިއްޕަވައެވެ. (އެއީ مَلَكُ الْمَوْتُ ގެ أعوانُ ންނެވެ. / އެހީތެރިންނެވެ.) އަދި އެބޭކަލުން އެއިން ފުރާނައެއް ގެއްލެނި ނުކުރައްވާހުއްޓެވެ.
-
62
ثُمَّ رُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۚ أَلَا لَهُ ٱلْحُكْمُ وَهُوَ أَسْرَعُ ٱلْحَـٰسِبِينَ
S̤umma ruddooo ʹilal laahi Mawlaahumul Ḥaq̣q̣. ʹAlaa lahul Ḥukmu wa-Huwa ʹAsraʻul ḥaasibeen.
ދެން އެމީހުންގެ حقّ ވަންތަ ސަހަރޯވެރިއަކުކަމުގައިވާ ﷲ ގެ حضرة އަށް އެފުރާނަތައް ރައްދުކުރެވޭނެއެވެ. ދަންނާށެވެ! އެންމެހައި حكم އަކާއި ނިޔާއެއް މިލްކުވެ خاصّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ އެންމެ އަވަސްކޮށް ހިސާބުބައްލަވާ ކަލާނގެއެވެ.
-
63
قُلْ مَن يُنَجِّيكُم مِّن ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ تَدْعُونَهُۥ تَضَرُّعًا وَخُفْيَةً لَّئِنْ أَنجَىٰنَا مِنْ هَـٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ
Q̣ul mañy yunajjeekum miñ z̤̣ulumaatil barri walbaḥri tadʻoonahoo taḍarruʻañw wakhufyah: laʹin ʹañjaanaa min haaẓihee lanakoonanna minash shaakireen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެއްގަމާއި ކަނޑުގެ އަނދިރިތަކުން ކަލޭމެން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟ (އެފަދަ حال ގައި) ކަލޭމެން ދެރަވެގެންވާ حال ގައިވެސް އަދި ސިއްރުންވެސް ކަލޭމެން دعاء ކުރާނީ ހަމަ އެކަލާނގެއަށެވެ. (އަދި ކަލޭމެން ދަންނަވާނެއެވެ.) އިބަރަސްކަލާނގެ އަޅަމެން މިއަނދިރިކަމުން ސަލާމަތްކޮށްދެއްވައިފިއްޔާ ހަމަކަށަވަރުން شكر ކުރާމީހުންގެ ތެރެއިން އަޅަމެންވާހުށީމެވެ.
-
64
قُلِ ٱللَّهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍ ثُمَّ أَنتُمْ تُشْرِكُونَ
Q̣ulil laahu yunajjeekum minhaa wa-miñ kulli karbiñ s̤umma ʹañtum tushrikoon!
ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އެކަމުންނާއި އަދި ކޮންމެ މޮޅިޔަކާއި ހިތާމައަކުން ސަލާމަތްކޮށްދެއްވާނީ ހަމަ ﷲ އެވެ. ދެން އަލުންވެސް ކަލޭމެން شرك ކުރަނީއެވެ.
-
65
قُلْ هُوَ ٱلْقَادِرُ عَلَىٰٓ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَـٰتِ لَعَلَّهُمْ يَفْقَهُونَ
Q̣ul Huwal q̣aadiru ʻalaaa ʹañy yabʻas̤a ʻalaykum ʻaẓaabam miñ fawq̣ikum ʹaw miñ taḥti ʹarjulikum ʹaw yalbisakum shiyaʻañw wayuẓeeq̣a baʻḍakum̃ baʹsa baʻḍ. ʹUñz̤̣ur kayfa nuṣarriful ʹAayaati laʻallahum yafq̣ahoon.
ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެންގެމަތިން ނުވަތަ ކަލޭމެންގެ ފައިތަކުގެދަށުން ކަލޭމެންގެމައްޗަށް عذاب އެއް ފޮނުއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވަނީ ހަމަ އެކަލާނގެއަށެވެ. ނުވަތަ ކަލޭމެން ތަފާތު ބައިބަޔަށްލައްވައި ތަފާތު راى ތަކާއި އެދުންތަކެއްގެ ވެރިބަޔަކުކަމުގައި ލެއްވުމަށްވެސް އަދި ކަލޭމެންކުރެ އެއްބައެއްގެ ބާރުގެ ރަހަ އަނިޔާވެރިކަމުގެ عذابގެ ރަހަ ދެއްކެވުމަށްވެސް ހަމަ ކުޅަދުންވަންތަވެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ. (އޭ رسول ﷲ އެވެ!) އެމީހުން ވިސްނާ فكر ކުރޭތޯ ތިމަންރަސްކަލާނގެ އެކިއެކި ތަފާތު دليل ތަކާއި حجّة ތައް ގެންނަވާ ބަދަލުކުރައްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ!
-
66
وَكَذَّبَ بِهِۦ قَوْمُكَ وَهُوَ ٱلْحَقُّ ۚ قُل لَّسْتُ عَلَيْكُم بِوَكِيلٍ
Wa-kaẓ-ẓaba bihee q̣awmuka wa-huwal Ḥaq̣q̣. Q̣ul lastu ʻalaykum̃ bi-Wakeel;
(އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ قوم ގެމީހުން މި قرآن ދޮގުކުރީއެވެ. އަދި އެއީ ހަމަ ކަނޑައެޅިގެން حقّ އެވެ. (އަދި) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެންގެ މައްޗަށްވާ وكيل އަކުކަމުގައި ތިމަންކަލޭގެފާނު ނުވެއެވެ.
-
67
لِّكُلِّ نَبَإٍ مُّسْتَقَرٌّ ۚ وَسَوْفَ تَعْلَمُونَ
Likulli nabaʹim mustaq̣arruñw wasawfa taʻlamoon.
ކޮންމެ خبر އަކަށްވެސް قرار ވުމެއްވެއެވެ. حقيقة ހާމަވުމެއް ވެއެވެ. ތެދުދޮގު އެނގޭނެ ވަގުތެއް އަދި ތަނެއްވެއެވެ. (ދުނިޔެމަތީ قرآن ގެ ތެދުކަން ސާބިތުކުރެވުނު އެންމެ مهمّ އެއްތަނަކީ ބަދުރު ހަނގުރާމައެވެ. ދެން އޮތީ قيامة ދުވަހެވެ.) އަދި ނިކަންހުރެ ކަލޭމެނަށް އެކަންކަން އެނގިދާނެއެވެ.
-
68
وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَـٰتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦ ۚ وَإِمَّا يُنسِيَنَّكَ ٱلشَّيْطَـٰنُ فَلَا تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ
Wa-ʹiẓaa raʹaytal laẓeena yakhooḍoona feee ʹAayaatinaa faʹaʻriḍ ʻanhum ḥattaa yakhooḍoo fee ḥadees̤in g̣ayrih. Wa-ʹimmaa yuñsiyannakash Shayṭaanu falaa taq̣ʻud baʻdaẓ ẓikraa maʻal q̣awmiz̤̣ z̤̣aalimeen.
އަދި ތިމަންރަސްކަލާނގެ އާޔަތްތައް باطل ކޮށް ދޮގުކުރުމަށް ފީނާ ވަދެ އުޅޭބަޔަކު ކަލޭގެފާނަށް ފެނިވަޑައިގެންފިއްޔާ ފަހެ ކަލޭގެފާނު އެމީހުނާ ދުރަށް އެނބުރި ވަޑައިގަންނަވާށެވެ! އެއީ އެމީހުން އެ قرآن ގެ ވާހަކަނޫން އެހެން ވާހަކައެއްގެތެރެއަށް ވަދެ ފީނައިގަންނާންދެނެވެ. އަދި ފަހަރެއްގައި شيطان އާގެ ސަބަބުން އެސޮރު އެކަން ހަނދުމަފުޅު ނެތިކޮށްލެއްވިޔަސް ހަމަ ހަނދުމަފުޅުވާއިރަށް އެމީހުންގެތެރެއިން ދުރުވެވަޑައިގަންނަވާށެވެ! އެމީހުންގެތެރޭ އިށީނދެވަޑައިނުގަންނަވާށެވެ! ހަނދުމަފުޅުވުމަށްފަހު ދެން އެ އަނިޔާވެރިންނާއިއެކު (އެ مشرك ންނާއި އެކު) އިށީނދެވަޑައިނުގަންނަވާށެވެ!
-
69
وَمَا عَلَى ٱلَّذِينَ يَتَّقُونَ مِنْ حِسَابِهِم مِّن شَىْءٍ وَلَـٰكِن ذِكْرَىٰ لَعَلَّهُمْ يَتَّقُونَ
Wa-maa ʻalal laẓeena yattaq̣oona min ḥisaabihim miñ shayʹiñw walaakiñ Ẓikraa laʻallahum yattaq̣oon.
އަދި تقوى ވެރިވީމީހުންގެމައްޗަކަށް އެމީހުންގެ (ފާފައިގެތެރެއިން) ހިސާބުކުރައްވާއިރު އެއްވެސް މިންވަރެއް ނުވާނެއެވެ. އަދި އެކަމަކު އެއީ ހަނދާންކޮށްދިނުމެކެވެ. ދުނިޔެމަތީގައި ކުރެވުނު ކަންތައް އެމީހުނަށް ހަނދާންކޮށްދިނުމެކެވެ. (އެމީހުން ކުރި ކަންތައް ހަމައެކަނި ހުށައަޅައިލައްވާނެއެވެ.)
-
70
وَذَرِ ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَعِبًا وَلَهْوًا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ وَذَكِّرْ بِهِۦٓ أَن تُبْسَلَ نَفْسٌۢ بِمَا كَسَبَتْ لَيْسَ لَهَا مِن دُونِ ٱللَّهِ وَلِىٌّ وَلَا شَفِيعٌ وَإِن تَعْدِلْ كُلَّ عَدْلٍ لَّا يُؤْخَذْ مِنْهَآ ۗ أُو۟لَـٰٓئِكَ ٱلَّذِينَ أُبْسِلُوا۟ بِمَا كَسَبُوا۟ ۖ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْفُرُونَ
Wa-ẓaril laẓeenat takhaẓoo deenahum laʻibañw walahwañw wag̣arrathumul ḥayaatud dunyaa waẓakkir biheee ʹañ tubsala nafsum bimaa kasabat: laysa lahaa miñ doonil laahi waliyyuñw walaa shafeeʻ. Wa-ʹiñ taʻdil kulla ʻadlil laa yuʹkhaẓ minhaa. ʹUlaaaʹikal laẓeena ʹubsiloo bimaa kasaboo. Lahum sharaabum min ḥameemiñw waʻaẓaabun ʹaleemum bimaa kaanoo yakfuroon.
އަދި އެމީހުންގެ ދީން އެއީ ކުޅިވަރު އަދި މަލާމާތް ކުރެވޭ އެއްޗެއްކަމުގައި ހަދައި އަދި ދުނިޔޭގެ حياة އެމީހުން ހައްލައިލި މީސްތަކުން ކަލޭގެފާނުން ދޫކޮށްލާށެވެ! އަދި މި قرآن ން ކަލޭގެފާނު އެމީހުންނަށް ހަނދާންކޮށްދެއްވާ نصيحة ދެއްވާށެވެ! އެއީ އެއްވެސް نفس އެއް އެ نفس އެއް ކުރި ފާފައިގެ ސަބަބުން ހަލާކުގެތެރެއަށް ވެއްޓިދާނެތީއެވެ. (ނުވެއްޓުމަށްޓަކައެވެ. ދެން އަދި އޭރުންވެސް) ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިޔަސް އަދި شفاعة ތެރިޔަކުވިޔަސް އެމީހުންނަކަށް ނުވެއެވެ. އަދި (އެފާފަކުރި نفس އެއް) ކިތަންމެ فدية އެއް (قيامة ދުވަހުން) ދިނަސް އެ نفس ގެ ފަރާތުން އެ فدية ނުހިފެވޭނެއެވެ. قبول ނުވެވޭނެއެވެ. އެފަދަ މީހުންނީ އެމީހުން ކުރި ފާފައިގެ ސަބަބުން ހަލާކުގެތެރެއަށް އެއްލެވުނުމީހުންނެވެ. عذاب އަށް ހުށަހެޅުނުމީހުންނެވެ. އެމީހުންނަށް (قيامة ދުވަހުން) ހުންނަހުށީ ހޫނުކަން އޭގެ ނިހާޔަތަށް ގޮސްފައިވާ ހޫނުފެނުގެ ބުއިމެކެވެ. އަދި ވޭންދެނިވި عذاب އެވެ. އެއީ އެމީހުން ކާފަރުވާކަމުގައިވީކަމުގެ ސަބަބުންނެވެ.
-
71
قُلْ أَنَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعْقَابِنَا بَعْدَ إِذْ هَدَىٰنَا ٱللَّهُ كَٱلَّذِى ٱسْتَهْوَتْهُ ٱلشَّيَـٰطِينُ فِى ٱلْأَرْضِ حَيْرَانَ لَهُۥٓ أَصْحَـٰبٌ يَدْعُونَهُۥٓ إِلَى ٱلْهُدَى ٱئْتِنَا ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ ٱلْعَـٰلَمِينَ
Q̣ul ʹanadʻoo miñ doonil laahi maa laa- yañfaʻunaa wa-laa yaḍurrunaa wa-nurraddu ʻalaaa ʹaʻq̣aabinaa baʻda ʹiẓ hadaanal laahu kal-laẓis tahwathush shayaaṭeenu fil ʹarḍi ḥayraan. Lahooo ʹaṣḥaabuñy yadʻoonahooo ʹilal hudaʹ tinaa. Q̣ul ʹinna hudal laahi huwal hudaa. Wa-ʹumirnaa linuslima lirabbil ʻAalameen:―
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެމެންނަށް އެއްވެސް منفع އެއް ނުދެވޭ އަދި އަހުރެމެންނަށް އެއްވެސް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް (ބުދުތަކާއި ދެންވެސް އެބާވަތުގެ ތަކެއްޗަށް) ﷲ ފިޔަވައި އަހުރެމެން ގޮވާ دعاء ކޮށްހަދަންވީހެއްޔެވެ؟ އަދި ﷲ تعالى އަހުރެމެންނަށް ތެދުމަގު ދެއްކެވުމަށްފަހު އަހުރެމެން އަހުރެމެންގެ ފުންނާބުތަކުގެމައްޗަށް ރައްދުވާންވީހެއްޔެވެ؟ އެބަހީ إسلام ކަން ދޫކޮށް އަލުންވެސް ކާފަރުވާންވީހެއްޔެވެ؟ އެއީ شيطان އާއި تبع ވެގެން އޭނާ މަގުފުރެދި حيران ވެގެން ބިންމަތީގައި (ދާނެތަނެއް ނޭނގި) ހުންނަމީހަކު ފަދައިން ހެއްޔެވެ؟ އަދި އޭނާޔަށް އެކުވެރިންތަކެއްވެއެވެ. އެމީހުން އޭނާޔަށް ތެދުމަގަށް އައުމަށް ގޮވައެވެ. އަހުރެމެން ކައިރިޔަށް އަންނާށޭ ގޮވައެވެ. (އެކަމަކު އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާވަނީ حيران ވެފައެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތެދުމަގަކީ ﷲ ގެ ތެދުމަގެވެ. އަދި އަހުރެމެންނަށް أمر ވެވިގެންވަނީ عالم ތަކުގެ ވެރި ربّ އަށް ކިޔަމަންތެރިވުމަށެވެ. • ދަންނައެވެ! މިއާޔަތުގެ ترجمة ގައި އަދި އެހެންގޮތަކަށް علم ވެރިން ލިއުއްވާފައިވެއެވެ. އޭނާޔަށް އެކުވެރިންތަކެއް ވެއެވެ. އޮތްބަސްފުޅުން މުރާދުކުރެވެނީ شيطان އާކަމަށާއި އަދި އެ شيطان އާއަށް އެކުވެރިންތަކެއްވާކަމަށެވެ. އަދި އެއެކުވެރިން އެ حيران ވެގެންވާމީހާއަށް އަންނާށޭ (އޮޅުވައިލައިގެން އަހުރެމެން ކައިރިއަށް މިތެދުމަގަށް އަންނާށޭ) ގޮވާނެކަމަށެވެ. އެހެންވެ ﷲ އެކަލާނގެ رسول އާއަށް އެއަންގަވަނީ ތެދުމަގަކީ ހަމަ ﷲ ގެ ތެދުމަގުކަމަށެވެ. އެސޮރުމެން އެގޮވާ ތެދުމަގުނޫންކަމަށެވެ...... والله أعلم بالصّواب
-
72
وَأَنْ أَقِيمُوا۟ ٱلصَّلَوٰةَ وَٱتَّقُوهُ ۚ وَهُوَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ
Wa-ʹan ʹaq̣eemuṣ Ṣalaata wattaq̣ooh; wa-Huwal laẓeee ʹilayhi tuḥ-sharoon.
(އަދި އަހުރެމެންނަށް أمر ވެވިގެންވަނީ) ނަމާދު قائم ކުރުމަށާއި އަދި އަހުރެމެން އެކަލާނގެއަށް تقوى ވެރިވެތިބުމަށެވެ. އަދި އެކަލާނގެއީ ހަމަ އެކަލާނގެ حضرة އަށް ކަލޭމެން محشر ކުރެވޭނެ ފަރާތެވެ. އެއްކުރެވޭނެ ފަރާތެވެ.
-
73
وَهُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ وَيَوْمَ يَقُولُ كُن فَيَكُونُ ۚ قَوْلُهُ ٱلْحَقُّ ۚ وَلَهُ ٱلْمُلْكُ يَوْمَ يُنفَخُ فِى ٱلصُّورِ ۚ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ
Wa-Huwal laẓee khalaq̣as samaawaati wal-ʹarḍa bilḥaq̣q̣: wa-yawma yaq̣oolu kuñ Fayakoon. Q̣awluhul Ḥaq̣q̣. Wa-lahul mulku Yawma yuñfakhu fiṣ Ṣoor. ʻAalimul g̣aybi washshahaadah. Wa-Huwal Ḥakeemul Khabeer.
އަދި حقّ ގޮތުގައި އުޑުތަކާއި ބިންހެއްދެވީވެސް ހަމަ އެކަލާނގެއެވެ. އަދި އެންމެހައި ތަކެއްޗަށް "ވާށޭ" އަންގަވައި އެކަލާނގެ وحي ކުރައްވާދުވަހުން ދެން އެތަކެތި އެވީއެވެ. ހުރިހާ ތަކެތި އަލުން إعاد ވީއެވެ. އެކަލާނގެ އެބަސްފުޅު އެއީ ހަމަ حقّ ބަސްފުޅެވެ. އަދި ތާޅަފިލިފުންމަވައިލެވޭދުވަހުގެ ވެރިކަން خاصّ ވެގެންވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ އެއީ غيب ގައިވާ ކަންތަކާއި ފައުޅުގައިވާކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއީ حكمة ވަންތަ އަދި خبر ތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
74
۞ وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ ءَازَرَ أَتَتَّخِذُ أَصْنَامًا ءَالِهَةً ۖ إِنِّىٓ أَرَىٰكَ وَقَوْمَكَ فِى ضَلَـٰلٍ مُّبِينٍ
Wa-ʹiẓ q̣aala ʹIbraaheemu liʹabeehi ʹAazara ʹatattakhiẓu ʹaṣnaaman ʹaalihah? ʹInneee ʹaraaka wa-q̣awmaka fee ḍalaalim mubeen.
އަދި إبراهيم (عليه السّلام) އެކަލޭގެފާނު ބައްޕަ ءَازر އަށް ވިދާޅުވިހިނދު (ހަނދުމަފުޅު ކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. ބައްޕަ ބުދުތަކެއް إله ންތަކެއްކަމުގައި ބަލަނީހެއްޔެވެ؟ އެއީ إله ންކަމުގައި ހަދައި إختيار ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން އަހުރެން ދެކެނީ ބައްޕައާއި އަދި ބައްޕަގެ قوم ގެމީހުން بيان ވެގެންވާ މަގުފުރެދުމެއްގައިވާތީއެވެ.
-
75
وَكَذَٰلِكَ نُرِىٓ إِبْرَٰهِيمَ مَلَكُوتَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلِيَكُونَ مِنَ ٱلْمُوقِنِينَ
Wa-kaẓaalika nureee ʹIbraaheema Malakootas samaawaati wal-ʹarḍi wa-liyakoona minal Mooq̣ineen.
އަދި ހަމައެފަދައިން (އެބަހީ حقّ އަށް އެކަލޭގެފާނަށް ތެދުމަގުދެއްކެވިފަދައިން) إبراهيم (عليه السّلام) އަށް އުޑުތަކާއި ބިމުގެ دليل ތައް / ނުވަތަ ملك ތައް ތިމަންރަސްކަލާނގެ ދައްކަވަނީ އެފަދައިންނެވެ. އެއީ އެކަލޭގެފާނު (توحيد އާއި هداية) يقين ކުރާ މީހުންގެތެރެއިންވުމަށްޓަކައެވެ.
-
76
فَلَمَّا جَنَّ عَلَيْهِ ٱلَّيْلُ رَءَا كَوْكَبًا ۖ قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلْـَٔافِلِينَ
Falammaa janna ʻalayhil laylu raʹaa kaw-kabaa. Q̣aala haaẓaa Rabbee. Falammaaa ʹafala q̣aala laaa ʹuḥibbul ʹaafileen.
ދެންފަހެ ރޭގަނޑު އަނދިރިވުމުން އެކަލޭގެފާނު - يعني: إبراهيم (عليه السّلام) ތަރިއެއް ދެކެވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. (އެއީ ހިތާހިތާއެވެ.) މިއީ އަހުރެންގެ رَبّ އެވެ. ދެން އެތަރި ނިވައިވުމުން ވިދާޅުވިއެވެ. ނިވައިވެ غائب ވާއެއްޗަކަށް އަހުރެން ލޯތްބެއް ނުކުރަމެވެ. (ނުކުރާނަމެވެ.)
-
77
فَلَمَّا رَءَا ٱلْقَمَرَ بَازِغًا قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَئِن لَّمْ يَهْدِنِى رَبِّى لَأَكُونَنَّ مِنَ ٱلْقَوْمِ ٱلضَّآلِّينَ
Falammaa raʹal q̣amara baazig̣añ q̣aala haaẓaa Rabbee. Falammaaa ʹafala q̣aala laʹil lam yahdinee Rabbee laʹakoonanna minal q̣awmiḍ ḍaaalleeen.
ދެންފަހެ ހަނދު އަރައިގެން އަންނާތީ އެކަލޭގެފާނު ދެކެވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އަހުރެންގެ رَبّ އެވެ. ދެން އޭތި غائب ވީހިނދުން - ނިވައިވީހިނދުން - އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންގެ رَبّ އަހުރެންނަށް ތެދުމަގު ނުދެއްކެވީވިއްޔާ ހަމަކަށަވަރުން އަހުރެންވާހުށީ މަގުފުރެދިގެންވާ މީހުންގެތެރެއިންނެވެ.
-
78
فَلَمَّا رَءَا ٱلشَّمْسَ بَازِغَةً قَالَ هَـٰذَا رَبِّى هَـٰذَآ أَكْبَرُ ۖ فَلَمَّآ أَفَلَتْ قَالَ يَـٰقَوْمِ إِنِّى بَرِىٓءٌ مِّمَّا تُشْرِكُونَ
Falammaa ra ʹash-shamsa baazig̣atañ q̣aala haaẓaa Rabbee haaẓaaa ʹakbar. Falammaaa ʹafalat q̣aala yaa-q̣awmi ʹinnee bareeʹum mimmaa tushrikoon.
ދެންފަހެ އިރުއަރައިގެން އަންނަތަން އެކަލޭގެފާނު ދެކެވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އަހުރެންގެ رَبّ އެވެ. (މިތިން އެތިންކުރެ) އެންމެބޮޑީ މިއެވެ. ދެންފަހެ އޭތި ނިވައިވެ غائب ވީހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. - އޭއަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން އަހުރެން މިވަނީ ކަލޭމެން ތިޔަ شريك ކުރާ ތަކެތީން - ﷲ އާއި ކަލޭމެން ތިޔަބައިވެރިކުރާ ތަކެތީން - ހަމަ މުޅިން ބަރީއަވެގެންނެވެ. (ދުރުވެ އެއްފަރާތްވެގެންނެވެ.)
-
79
إِنِّى وَجَّهْتُ وَجْهِىَ لِلَّذِى فَطَرَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ حَنِيفًا ۖ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ
ʹInnee waj-jahtu wajhiya lillaẓee faṭaras samaawaati wal-arḍa ḥaneefañw wamaaa ʹana minal mushrikeen.
ހަމަކަށަވަރުން އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ފަރާތަށް - (ﷲ އަށް) އަހުރެން އަހުރެންގެ މޫނު ކުރިމަތިކޮށްފީމެވެ. (އެފަރާތަށް އަހުރެން ކިޔަމަންތެރިވެއްޖައީމެވެ.) އެއީ إخلاص ތެރިވެގެންވާ حال توحيد އަށް ސީދާވެގެންނެވެ. އަދި مشرك ންގެތެރެއިން އަހުރެން ނުވަމެވެ.
-
80
وَحَآجَّهُۥ قَوْمُهُۥ ۚ قَالَ أَتُحَـٰٓجُّوٓنِّى فِى ٱللَّهِ وَقَدْ هَدَىٰنِ ۚ وَلَآ أَخَافُ مَا تُشْرِكُونَ بِهِۦٓ إِلَّآ أَن يَشَآءَ رَبِّى شَيْـًٔا ۗ وَسِعَ رَبِّى كُلَّ شَىْءٍ عِلْمًا ۗ أَفَلَا تَتَذَكَّرُونَ
Wa-haaaj-jahoo q̣aw-muh. Q̣aala ʹa-tu-ḥaaaj-jooon-nee fil laahi wa-q̣ad hadaan? Wa-laaa ʹakhaafu maa- tushrikoona biheee ʹillaaa ʹañy yashaaaʹa Rabbee shayʹaa. Wasiʻa Rabbee kulla shayʹin ʻilmaa. ʹAfalaa tataẓakkaroon?
އަދި އެކަލޭގެފާނުންގެ قوم ގެމީހުން (توحيد އާއިމެދު - އެބަހީ ﷲ ގެ އެއްކައުވަންތަކަމާއިމެދު) އެކަލޭގެފާނާ ޖަދަލުކުރިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ﷲ އާއިމެދު އަހުރެންނާއި ޖަދަލުކުރަނީހެއްޔެވެ؟ ހަމަކަށަވަރުން އެކަލާނގެ އަހުރެންނަށް ތެދުމަގުދައްކަވައިފިއެވެ. (އެކަލާނގެ އެއްކައުވަންތަކަން ދެނެގަތުމާ حقّ މަގަށް އެކަލާނގެ އަހުރެންނަށް މަގުދެއްކެވިއެވެ.) އަދި އަހުރެންގެ ربّ އެދިވޮޑިގަންނަވާ ކަމެއްގައިމެނުވީ (އެބަހީ އެކަލާނގެ حضرة ން އަންނަ ބިރުވެރިކަމަކަށް މެނުވީ) ކަލޭމެން ތިޔަ އެކަލާނގެއާއި شريك ކުރާ ތަކެއްޗަށް (އެބުދުތަކަށް) އަހުރެން ބިރުނުގަންނަމެވެ. އަދި ހުރިހާ އެއްޗެއްގެމައްޗަށް އެކަލާނގެ ދެނެވޮޑިގަތުން ތަނަވަސްވެގެންވެއެވެ. ހުރިހާއެއްޗެއްގެ އެންމެހައި ކަމެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (ކަލޭމެންގެ ތިޔަބުދުތަކަށް އެކައްޗެއްވެސް ނޭނގެއެވެ.) ކަލޭމެން ފަހެ عبرة حاصل ކޮށް نصيحة ލިބިނުގަންނާނެހެއްޔެވެ؟
-
81
وَكَيْفَ أَخَافُ مَآ أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ عَلَيْكُمْ سُلْطَـٰنًا ۚ فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ
Wa-kayfa ʹakhaafu maaa ʹashraktum wa-laa takhaafoona ʹannakum ʹashraktum̃ billaahi maa- lam yunazzil bihee ʻalaykum sulṭaanaa? Faʹayyul fareeq̣ayni ʹaḥaq̣q̣u bil-amn? ʹIñ kuñtum taʻlamoon.
އަދި ކަލޭމެން شريك ކުރިކަމާއިމެދު - އަދި ކަލޭމެން شريك ކުރި ތަކެއްޗަށް އަހުރެން ބިރުގަންނަންވީ ކޮންފަދައަކުންހެއްޔެވެ؟ އަދި ހަމަކަށަވަރުން އެތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ މައްޗަށް ކަލޭމެންނަށް އެއްވެސް حجّة އެއް دليل އެއް ނުވާތަކެއްޗާއި ކަލޭމެން ﷲ އާއި ބައިވެރިކޮށް شريك ކުރާކަށް ބިރުނުގަނެއެވެ. ފަހެ (އަހުރެންނާއި ކަލޭމެނާއި) މިދެ جماعة ންކުރެ އަމާންކަމަށް حقّ ކަންބޮޑީ ކަލޭމެންނީ އެއްޗެއް އެނގޭބަޔަކުކަމުގައިވަންޏާ ކޮންބައެއްހެއްޔެވެ؟ (ނިކަން ބުނެބަލާށެވެ!)
-
82
ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَـٰنَهُم بِظُلْمٍ أُو۟لَـٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ
ʹAllaẓeena ʹaamanoo wa-lam yal-bisooo ʹeemaanahum̃ biz̤̣ulmin ʹulaaaʹika lahumul ʹamnu wa-hum Muhtadoon.
އީމާންވެގެންވާމީހުން އަދި އެމީހުންގެ އެ އީމާންކަމާއި އެއްވެސް އަނިޔާއެއް އެބަހީ އެއްވެސް شرك އެއް އެއްނުކޮށް މައްސުނި ނުކޮށް ތިބިމީހުން ދަންނައެވެ! (آخرة ދުވަހުން) އަމާންކަންހުރި ބަޔަކީ އެމީހުންނެވެ. އަދި (ދުނިޔޭގައި) ތެދުމަގު ލިބިގެންވާމީހުންނަކީވެސް އެއީއެވެ.
-
83
وَتِلْكَ حُجَّتُنَآ ءَاتَيْنَـٰهَآ إِبْرَٰهِيمَ عَلَىٰ قَوْمِهِۦ ۚ نَرْفَعُ دَرَجَـٰتٍ مَّن نَّشَآءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ
Wa-tilka ḥujjatunaaa ʹaataynaahaaa ʹibraaheema ʻalaa q̣awmih. Narfaʻu darajaatim man nashaaaʹ. Inna Rabbaka Ḥakeemun ʻAleem.
އަދި އެއީ ތިމަންރަސްކަލާނގެ حجّة ތަކެވެ. އެބަހީ: إبراهيم عليه السّلام އެކަލޭގެފާނުންގެ قوم ގެމީހުންނަށް އެވިދާޅުވި حجّة ތަކާއި دليل ތަކަކީ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވި دليل އެވެ. حجّة އެވެ. قوم ގެމީހުންގެމައްޗަށް دليل ދެއްކެވުމަށެވެ. ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކު އެތައް ދަރަޖަތަކަށް ތިމަންރަސްކަލާނގެ އުފުއްލަވަމެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ حكمة ވަންތަ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
84
وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيْمَـٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَـٰرُونَ ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
Wa-wahabnaa lahooo ʹIs-ḥaaq̣a wa-yaʻq̣oob: kullan hadaynaa: wa-Nooḥan hadaynaa miñ q̣ablu wa-miñ Ẓurriyyatihee Daawooda wa-Sulaymaana wa-ʹAyyooba wa-Yoosufa wa-Moosaa wa-Haaroon: wa-kaẓaalika najzil Muḥsineen:
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް - އެބަހީ إبراهيم عليه السّلام އަށް إسحاق ގެފާނު ދެއްވީމެވެ. އަދި (إسحاق ގެފާނުންގެ ދަރިކަލުން) يعقوب ގެފާނުން ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތިމަންރަސްކަލާނގެ ތެދުމަގުދެއްކެވީމެވެ. އަދި އޭގެކުރިން نوح (عليه السّلام) އަށް ތެދުމަގު ދެއްކެވީމެވެ. އަދި އެކަލޭގެފާނުންގެ އެބަހީ نوح (عليه السّلام) ގެ ދަރިފަސްކޮޅުން داؤد ގެފާނާއި سليمان ގެފާނާއި أيّوب ގެފާނާއި يوسف ގެފާނާއި موسى ގެފާނާއި އަދި هارون ގެފާނު (عليهم السّلام) މިއެންމެ ބޭކަލުން ފޮނުއްވީމެވެ. (މިއެންމެ ބޭކަލުންނީ إحسان ތެރި މާތް ބޭކަލުންނެވެ.) އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
-
85
وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ ٱلصَّـٰلِحِينَ
Wa-Zakariyyaa wa-Yaḥyaa wa-ʻEesaa wa-ʹIlyaas. Kullum minaṣ Ṣaaliḥeen.
އަދި زكريّا ގެފާނާއި يحيى ގެފާނާއި عيسى ގެފާނާއި إلياس ގެފާނާއި عليهم السّلام (މިއެންމެ ބޭކަލުންނަށް ތިމަންރަސްކަލާނގެ ތެދުމަގު ދެއްކެވީމެވެ.) މި އެންމެ ބޭކަލުންނީ صالح މާތްބޭކަލުންނެވެ.
-
86
وَإِسْمَـٰعِيلَ وَٱلْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى ٱلْعَـٰلَمِينَ
Wa-ʹIsmaaʻeela wal-Yasaʻa wa-Yoonusa wa-Looṭaa: wa-kullañ faḍḍalnaa ʻalal ʻaalameen:
އަދި إسماعيل ގެފާނާއި اَلْيَسَعُ ގެފާނާއި يُونُسُ ގެފާނާއި އަދި لوط ގެފާނާއި (عليهم السّلام) މިއިން ކޮންމެ ބޭކަލެއްވެސް (އެޒަމާނުގައިތިބި) މީސްތަކުންގެމައްޗަށް މާތްކުރެއްވީމެވެ.
-
87
وَمِنْ ءَابَآئِهِمْ وَذُرِّيَّـٰتِهِمْ وَإِخْوَٰنِهِمْ ۖ وَٱجْتَبَيْنَـٰهُمْ وَهَدَيْنَـٰهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Wa-min ʹaabaaaʹihim waẓurriyyaatihim wa-ʹikhwaa-nihim: waj-tabay-naahum wa-haday-naahum ʹilaa Ṣiraatim Mustaq̣eem.
އަދި އެބޭބޭކަލުންގެ ބަފައިންނާއި ދަރިފަސްކޮޅުންނާއި أخُ ންގެތެރެއިންވެސް (ބަޔަކަށް ތިމަންރަސްކަލާނގެ ތެދުމަގު ދެއްކެވީމެވެ.) އަދި ތިމަންރަސްކަލާނގެ އެބޭބޭކަލުން (رسول ކަމަށާއި نبي ކަމަށް) إختيار ކުރައްވާ خاصّ ކުރެއްވީމެވެ. އަދި ސީދާވެގެންވާ މަގަށް ތިމަންރަސްކަލާނގެ އެބޭކަލުންނަށް މަގުދެއްކެވީމެވެ.
-
88
ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَلَوْ أَشْرَكُوا۟ لَحَبِطَ عَنْهُم مَّا كَانُوا۟ يَعْمَلُونَ
Ẓaalika Hudal laahi yahdee bihee mañy yashaaaʹu min ʻibaadih. Wa-law ʹashrakoo laḥabiṭa ʻanhum maa kaanoo yaʻmaloon.
އެއީ ﷲ ގެ ތެދުމަގެވެ. އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ އެތެދުމަގު ދައްކަވައެވެ. އަދި އެބޭކަލުންވެސް އެބަހީ (رسول ބޭކަލުންނާއި نبيބޭކަލުންވެސް) ﷲ އަށް شريك ކުރެއްވިނަމަ ހަމަކަށަވަރުން އެބޭކަލުން ކުރައްވާ ހެޔޮ عمل ވެސް باطل ވާނެކަން ކަށަވަރެވެ.
-
89
أُو۟لَـٰٓئِكَ ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ۚ فَإِن يَكْفُرْ بِهَا هَـٰٓؤُلَآءِ فَقَدْ وَكَّلْنَا بِهَا قَوْمًا لَّيْسُوا۟ بِهَا بِكَـٰفِرِينَ
ʹUlaaaʹikal laẓeena ʹaataynaahumul Kitaaba wal-Ḥukma wan-Nubuwwah. Faʹiñy yakfur bihaa haaaʹulaaaʹi faq̣ad wak-kalnaa bihaa q̣awmal laysoo bihaa bi-Kaafireen.
އެބޭބޭކަލުންނީ ތިމަންރަސްކަލާނގެ އެބޭބޭކަލުންގެ މައްޗަށް ފޮތާއި حكم އާއި އަދި نبي ކަން ބާވައިލެއްވި ބޭކަލުންނެވެ. އަދި މިމީހުން (އެބަހީ: މި قريش ން) އެއަށް އެބަހީ އީމާންކަމަށް ކާފަރު ވެއްޖެ ނަމަ ތިމަންރަސްކަލަނގެ އެހެން ބަޔަކާ އެކަން ޙަވާލުކުރައްވާ ހުށީމެވެ. އެމީހުން އެއާޔަތްތަކަށް ކާފަރުވާބަޔަކުކަމުގައި ނުވާނެއެވެ. (އެބަޔަކީ އެއީ مدينة ގެ أنصار ންކަމުގައި / އަދި ކުރީ ނަންގަނެވުނު އަށާރަ نبي ބޭކަލުންކަމާއި އަދި އެއީ مهاجر ންނާއި أنصار ންކަމާއި މިހުރިހާގޮތަށް علم ވެރިންމެދުގައި خيال ތަފާތުވެގެންގޮސްފައިވެއެވެ. والله أعلم بالصّواب)
-
90
أُو۟لَـٰٓئِكَ ٱلَّذِينَ هَدَى ٱللَّهُ ۖ فَبِهُدَىٰهُمُ ٱقْتَدِهْ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَـٰلَمِينَ
ʹUlaaaʹikal laẓeena hadal laahu fabihudaahumuq̣ tadih. Q̣ul laaa ʹasʹalukum ʻalayhi ʹajraa: ʹIn huwa illaa Ẓikraa lil-ʻaalameen.
ފަހެ އެބޭބޭކަލުންނީ ﷲ އެބޭކަލުންނަށް ތެދުމަގުދެއްކެވި ބޭކަލުންނެވެ. ފަހެ އެބޭކަލުންގެ ތެދުމަގާއި ކަލޭގެފާނުން إفتداء ވެވަޑައިގަންނަ ވާށެވެ! تبع ވެވަޑައިގަންނަ ވާށެވެ! (އެބަހީ އިސްވެދިޔަ ރަސޫލުބޭކަލުންނާއި نبي ބޭކަލުންނީ ﷲ އެބޭކަލުންނަށް ތެދުމަގުދެއްކެވި ބޭކަލުންނެވެ. ކަލޭގެފާނު އެބޭކަލުންގެމަގާއި تبع ވެވަޑައިގަންނަވާށެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! رسول ކަން އިއްވެވުމަށް އެއްވެސް ދަރުމައެއް އުޖޫރައެއް ޓެކުހެއް ތިމަންކަލޭގެފާނު ކަލޭމެންގެ ކިބައިން ނޭދެމެވެ. އެ قرآن އެއީ ހަމަ وعظ އާއި نصيحة އެއްކަމުގައި މެނުވީ ނުވެއެވެ. عالم ތަކަށްވާ وعظ އާއި نصيحة އެއްކަމުގައި މެނުވީ ނުވެއެވެ.
-
91
وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦٓ إِذْ قَالُوا۟ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٍ مِّن شَىْءٍ ۗ قُلْ مَنْ أَنزَلَ ٱلْكِتَـٰبَ ٱلَّذِى جَآءَ بِهِۦ مُوسَىٰ نُورًا وَهُدًى لِّلنَّاسِ ۖ تَجْعَلُونَهُۥ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيرًا ۖ وَعُلِّمْتُم مَّا لَمْ تَعْلَمُوٓا۟ أَنتُمْ وَلَآ ءَابَآؤُكُمْ ۖ قُلِ ٱللَّهُ ۖ ثُمَّ ذَرْهُمْ فِى خَوْضِهِمْ يَلْعَبُونَ
Wa-maa q̣adarul laaha ḥaq̣q̣a q̣adriheee ʹiẓ q̣aaloo maaa ʹañzalal laahu ʻalaa basharim miñ shayʹ. Q̣ul man ʹañzalal Kitaabal laẓee jaaʹa bihee Moosaa Noorañw Wa-Hudal lin-naasi tajʻaloonahoo q̣araaṭeesa tubdoonahaa wa-tukhfoona kas̤eeraa. Wa-ʻullimtum maa lam taʻlamooo ʹañtum wa-laaa ʹaabaaaʹukum. Q̣ulil laahu s̤umma ẓarhum fee khawḍihim yalʻaboon.
އަދި ﷲ އަށް قدر ކޮށް إحترام ކޮށް ކީރިތި ކުރުން حقّ ވާވަރަށް އެމީހުން ﷲ އަށް قدر ކޮށް ކީރިތި ނުކުރެއެވެ. އެއީ އެމީހުން ބުނިހިނދުގައެވެ. އެމީހުން ބުނީ އެއްވެސް އާދަމުގެދަރިއެއްގެ މައްޗަށް އެއްވެސް އެއްޗެއް ﷲ ބާވައިނުލައްވައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! موسى (عليه السّلام) އެފޮތަކާއިގެން އެވަޑައިގެންނެވި ފޮތް يعني: توراة ބާވައިލެއްވީ ކާކުތޯއެވެ؟ އެފޮތް ބާވައިލެއްވިފައިވަނީ މީސްތަކުންނަށް (އެބަހީ އޭރު ތިބި މީސްތަކުންނަށް) نور އާއި ތެދުމަގެއްގެ ގޮތުންނެވެ. ކަލޭމެން އެފޮތް ކަރުދާސްތަކެއްކަމުގައި އެތައްބަޔަކަށް ބައިކޮށް އެއިން ބައެއް ފައުޅުކޮށް އަދި އޭގެ ގިނަބައި ވަންހަނާކޮށް ފޮރުވާ ހެދީމުއެވެ. އަދި ކަލޭމެންނަށާއި އަދި ކަލޭމެންގެ ކާބަފައިންނަށްވެސް ނޭނގޭތަކެތި ކަލޭމެނަށް އެންގެވިއްޖެއެވެ. އެބަހީ މި ކީރިތި قرآن ން عربى ންނަށް މީގެކުރިން ނޭނގޭ އެތައް އެއްޗެއް (އެއީ އިސްވެދިޔަ أمة ތަކުގެ خبر ތަކާއި އަދި ފަހުން އަންނާނޭ ކަންކަމުގެ خبر ތަކާއި އަދި قيامة ދުވަހުގެ خبر ތަކާއި އަދިވެސް އެތައް خبر އެއް މިފޮތުން ﷲ تعالى ކަލޭމެނަށް އަންގަވައިފިއެވެ.) މި خبر ތައް ކަލޭމެންގެ ކާބަފައިންނަށްވެސް ނޭނގޭނެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! موسى عليه السّلام އަށް އެފޮތް ބާވައިލެއްވީ ﷲ އެވެ. ދެން ކަލޭގެފާނު އެމީހުންގެ باطل خيال ތަކާއި ވާހަކަތަކުގައި ގެނބި ފީނުމަށް އެމީހުން ދޫކޮށްލައްވާށެވެ!
-
92
وَهَـٰذَا كِتَـٰبٌ أَنزَلْنَـٰهُ مُبَارَكٌ مُّصَدِّقُ ٱلَّذِى بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا ۚ وَٱلَّذِينَ يُؤْمِنُونَ بِٱلْـَٔاخِرَةِ يُؤْمِنُونَ بِهِۦ ۖ وَهُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ
Wa-haaẓaa Kitaabun ʹañzalnaahu Mubaarakum Muṣaddiq̣ul laẓee bayna yadayhi wa-lituñẓira ʹUmmal Q̣uraa wa-man ḥawlahaa. Wallaaẓeena yuʹminoona bil-ʹaakhirati yuʹminoona bihee wa-hum ʻalaa Ṣalaatihim yuḥaafiz̤̣oon.
(އޭ رسول ﷲ އެވެ!) މިފޮތަކީ އެބަހީ މި ކީރިތި قرآن އަކީ ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. އެފޮތުގެ ކުރީގެ ފޮތްތައްވެސް ތެދުކުރާ حال ގައެވެ. އަދި އެފޮތަކީ مكّة އާއި އެރަށުގެ ވަށައިގެންވާ ރަށްރަށުގެ أهل ވެރިންނަށް إنذار ކުރެއްވުމަށްވާފޮތެކެވެ. އަދި آخرة ދުވަހަށް އީމާންވާމީހުން އެފޮތަށް އީމާންވެއެވެ. އަދި އެމީހުން އެމީހުންގެ ނަމާދުތަކުގެމައްޗަށް ރައްކާތެރިވެއެވެ. (އެހެނީ ފޮތަށް އީމާންވާނީ آخرة އަށް އަދި حساب ބެއްލެވުމަށް، ثواب އާއި عذاب އަށް ބިރުވެތިވާ މީހުންނެވެ.)
-
93
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ قَالَ أُوحِىَ إِلَىَّ وَلَمْ يُوحَ إِلَيْهِ شَىْءٌ وَمَن قَالَ سَأُنزِلُ مِثْلَ مَآ أَنزَلَ ٱللَّهُ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّـٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَـٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنتُمْ عَنْ ءَايَـٰتِهِۦ تَسْتَكْبِرُونَ
Wa-man ʹaz̤̣lamu mimmanif taraa ʻalal laahi kaẓiban ʹaw q̣aala ʹooḥiya ʹilayya wa-lam yooḥa ʹilayhi shayʹuñw wamañ q̣aala saʹuñzilu mis̤la maaa ʹañzalal laah? Wa-law taraaa ʹiẓiz̤̣ z̤̣aalimoona fee g̣amaraatil mawti walmalaaaʹikatu baasiṭooo ʹaydeehim: ʹakhrijoo ʹañfusakum. ʹAl-yawma tujzawna ʻaẓaabal hooni bimaa kuñtum taq̣ooloona ʻalal laahi g̣ayral ḥaq̣q̣i wa-kuñtum ʻan ʻAayaatihee tastakbiroon.
ﷲ تعالى ގެމައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ އެފަދަ ބޮޑު އަނިޔާވެރިއަކު ނުވެއެވެ. ނުވަތަ އެމީހަކަށް وحي ބާވައިނުލައްވަނީސް ތިމަންނާއަށް وحي ބާވައިލެއްވެޔޭ ބުނިމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކު ނުވެއެވެ. އަދި އަހުރެންވެސް ﷲ ބާވައިލައްވާފަދައިން ބާވައިލައްވަމެވެ. (އެފަދަ عبارة ކިޔަމެވެ.) މިފަދައިން ބުނާ މީސްމީހުންނަށްވުރެ ވަކިންބޮޑެތި އަނިޔާވެރިންނަކީ ދެން ކޮންބައެއްހެއްޔެވެ؟ • ދަންނައެވެ! މިއާޔަތް ބާވައިލެއްވިފައިވަނީ ވަކިބަޔަކުގެ ބަސްތަކެއްގެ މުނާސަބަތުގައިކަމުގައި ބުނެވުނެވެ. އެބަޔަކީ مُسَيْلَمَةُ الْكَذَّاب އެވެ. އޭނާ ބުނިކަމުގައިވަނީ ﷲ تعالى ނަބީކަމާއިގެން ފޮނުއްވީ އޭނާކަމަށެވެ. محمّد ގެފާނު ނޫން ކަމަށެވެ. އަނެއްމީހަކީ عبد ﷲ بن سعد بن أبى سَرَح އެވެ. އޭނާ ބުނިކަމުގައިވަނީ އޭނާގެ މައްޗަށްވެސް وحي ބާވައިލެއްވޭކަމަށެވެ. އަދި مسيلمة ވެސް އެހެންބުނިކަމުގައިވެއެވެ. (މިވާހަކަތައް طبري ގެ تفسير ގައިވެސްވެއެވެ. والله أعلم) (އޭ رسول ﷲ އެވެ!) އަނިޔާވެރިން މަރަށް حاضر ވެގެންވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެނަމައެވެ. އަދި މަލާއިކަތްބޭކަލުން އެބޭކަލުންގެ އަތްޕުޅުތައް ފަތުރުއްވާ ދަންމަވައިގެން (އެމީހުންނަށް ވިދާޅުވެއެވެ.) ކަލޭމެން ކަލޭމެންގެ نفس ތައް يعني: ފުރާނަތައް ނެރޭށެވެ! މިއަދު ކަލޭމެންނަށް އިހާނާތްތެރިކަމުގެ عذاب ދެއްވޭނެއެވެ. އެއީ ކަލޭމެން ﷲ تعالى ގެމައްޗަށް حقّ ނޫން (ދޮގު) ބަސްތައްބުނުމުގެ ސަބަބުންނާއި އަދި އެކަލާނގެ އާޔަތްތަކަށް ކަލޭމެން ބޮޑާވެ ކިބުރުވެރިވާކަމުގެ ސަބަބުންނެވެ.
-
94
وَلَقَدْ جِئْتُمُونَا فُرَٰدَىٰ كَمَا خَلَقْنَـٰكُمْ أَوَّلَ مَرَّةٍ وَتَرَكْتُم مَّا خَوَّلْنَـٰكُمْ وَرَآءَ ظُهُورِكُمْ ۖ وَمَا نَرَىٰ مَعَكُمْ شُفَعَآءَكُمُ ٱلَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَـٰٓؤُا۟ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ
Wa-laq̣ad jiʹtumoonaa furaadaa kamaa khalaq̣naakum ʹawwala marratiñw wataraktum maa khawwal-naakum wa-raaaʹa z̤̣uhoorikum: wa-maa naraa maʻakum shufaʻaaaʹakumul laẓeena zaʻamtum ʹannahum feekum shurakaaaʹ. Laq̣at taq̣aṭṭaʻa baynakum wa-ḍalla ʻañkum maa kuñtum tazʻumoon!
އަދި (އެކަލާނގެ ވަޙީކުރައްވާނެއެވެ.) ކަލޭމެން ތިމަންރަސްކަލާނގެ حضرة އަށް ތިޔައައީ އެކަނި އެކަނީން (ކޮންމެ މީހަކު އެކަނި މުދަލެއް ދަރިއެއް ގެންގުޅުނު އެކައްޗެއްވެސް ނުލައި) އެވެ. އެންމެފުރަތަމަވެސް ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވި ގޮތަށެވެ. އަދި ތިމަންރަސްކަލާނގެ (ދުނިޔޭގައި) ކަލޭމެންނަށް ދެއްވިތަކެތި ކަލޭމެންގެ ފުރަގަހަށް ދުނިޔެއަށް - ދޫކޮށްފައެވެ. އަދި އެތަކެއްޗަކީ ކަލޭމެން شفاعة ތެރިންކަމުގައި ކަލޭމެން ހީކޮށްއުޅުނު ތަކެތި ކަލޭމެންނާއެކު ވަނިކޮށް ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ. ހަމަކަށަވަރުން އެތަކެއްޗާއި ކަލޭމެންނާއިދެމެދު ގުޅުންކެނޑިއްޖެއެވެ. އަދި ކަލޭމެން (شفاعة ތެރިންކަމުގައި) ހީކުރިތަކެތި ކަލޭމެންގެކިބައިން ގެއްލިއްޖެއެވެ.
-
95
۞ إِنَّ ٱللَّهَ فَالِقُ ٱلْحَبِّ وَٱلنَّوَىٰ ۖ يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَمُخْرِجُ ٱلْمَيِّتِ مِنَ ٱلْحَىِّ ۚ ذَٰلِكُمُ ٱللَّهُ ۖ فَأَنَّىٰ تُؤْفَكُونَ
ʹInnal laaha faaliq̣ul ḥabbi wannawaa. Yukhrijul ḥayya minal mayyiti wa-Mukhrijul mayyiti minal ḥayy. Ẓaalikumul laahu faʹannaa tuʹfakoon?
ހަމަކަށަވަރުން ﷲ تعالى އީ އޮށްފަޅުއްވައި އަދި އޮއްޓަރު ނެރުއްވާ ކަލާނގެއެވެ. މަރުވެފައިވާ ތަކެތީން ދިރޭތަކެތި އެކަލާނގެ ނެރުއްވައެވެ. އަދި އެކަލާނގެއީ ދިރޭތަކެތީން މަރުވެފައިވާތަކެތި ނެރުއްވާ ކަލާނގެއެވެ. އެއީ ﷲ އެވެ. އަދި حقّ ގޮތް ދޫކޮށް ކަލޭމެން އެނބުރިދާނީ ކޮންފަދައަކުން ހެއްޔެވެ؟ (حقّ ވަންތަ ﷲ އަށް އަޅުކަންނުކޮށް ބުދަށްއަޅުކަންކުރަން ކަލޭމެން ދާންވާނީ ކޮންފަދައަކުންހެއްޔެވެ؟)
-
96
فَالِقُ ٱلْإِصْبَاحِ وَجَعَلَ ٱلَّيْلَ سَكَنًا وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
Faaliq̣ul ʹiṣbaaḥ: wa-jaʻalal layla sakanañw washshamsa walq̣amara ḥusbaanaa, ẓaalika taq̣deerul ʻAzeezil ʻAleem.
އަދި އެކަލާނގެއީ ފަތިހުގެ އަލިކަން ފަޅުއްވާ އަލިކުރައްވާ ކަލާނގެއެވެ. އަދި ރޭގަނޑު އެއީ ހިމޭން އެއްޗެއްކަމުގައި އެކަލާނގެ ލެއްވިއެވެ. އަދި އިރާއި ހަނދު ވަކި مُدّة އަކަށް އޭގެ ދައުރުވާގޮތަށް އެކަލާނގެ ލެއްވިއެވެ. (ނުވަތަ އަހަރުތަކާއި މައްސަރުތަކާއި އަދި ރޭދުވާ ހިސާބުކޮށް އޮޅުންފިލުވުމަށް ލެއްވިއެވެ.) އެއީ عزَة ވަންތަ އަދި ދެނެވޮޑިގެންވާ ކަލާނގެ تقدير ކުރައްވާ މިންވަރުކުރައްވާފައިވާގޮތެވެ.
-
97
وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُوا۟ بِهَا فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ
Wa-Huwal laẓee jaʻala lakumun nujooma litahtadoo bihaa fee z̤̣ulumaatil barri walbahr: q̣ad faṣṣalnal ʹAayaati liq̣awmiñy yaʻlamoon.
އަދި ކަލޭމެންނަށްޓަކައި ތަރިތައް ލެއްވީވެސް ހަމަ އެކަލާނގެއެވެ. އެއީ އެއްގަމާއި ކަނޑުގެ އަނދިރިތަކުގައި ކަލޭމެން ތެދުމަގު ލިބިގަތުމަށެވެ. ދަތުރުފަތުރު ކުރުމުގައި ރަނގަޅު ސީދާމަގު ދެނެގަތުމަށެވެ. އަދި (ﷲ އާއިމެދު އެކަލާނގެ) އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން ދެނެގަންނަ ބަޔަކަށް ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް ތަފާތު ގޮތްގޮތަށް ބަޔާންކޮށްދެއްވީމެވެ.
-
98
وَهُوَ ٱلَّذِىٓ أَنشَأَكُم مِّن نَّفْسٍ وَٰحِدَةٍ فَمُسْتَقَرٌّ وَمُسْتَوْدَعٌ ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍ يَفْقَهُونَ
Wa-Huwal laẓeee ʹañshaʹakum min nafsiñw waaḥidatiñ famustaq̣arruñw wa-mustawdaʻ: q̣ad faṣṣalnal ʹAayaati liq̣aw miñyyafq̣ahoon.
އަދި ކަލޭމެން އެންމެ نفس އަކުން ހެއްދެވީވެސް ހަމަ އެކަލާނގެއެވެ. (އެ نفس އަކީ آدم عليه السّلام އެވެ.) ދެންފަހެ ކަލޭމެންގެތެރޭގައިވަނީ މައިބަނޑުގައި (رَحِمُ ގައި) قَرَار ވެގެންވާމީހުންނާއި ފިރިހެނާގެ صُلْبُ ގައިވާމީހުންނެވެ. / ނުވަތަ ބިންމަތީ قرار ވެގެންވާމީހުންނާއި ބިމުގެއަޑީގައި (قبر ގައި) ތިބޭމީހުންނެވެ. އަދި ތަކެތި ވިސްނާބަޔަކަށް އެކި ބާވަތުގެ دليل އާއި حجّة (އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމުގެ دليل ތައް) ތަފާތުކޮށް ތިމަންރަސްކަލާނގެ بيان ކޮށް ދެއްކެވީމެވެ.
-
99
وَهُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦ نَبَاتَ كُلِّ شَىْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُّخْرِجُ مِنْهُ حَبًّا مُّتَرَاكِبًا وَمِنَ ٱلنَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّـٰتٍ مِّنْ أَعْنَابٍ وَٱلزَّيْتُونَ وَٱلرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَـٰبِهٍ ۗ ٱنظُرُوٓا۟ إِلَىٰ ثَمَرِهِۦٓ إِذَآ أَثْمَرَ وَيَنْعِهِۦٓ ۚ إِنَّ فِى ذَٰلِكُمْ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ
Wa-Huwal laẓeee ʹañzala minas samaaaʹi maaaʹaa: faʹakhrajnaa bihee nabaata kulli shayʹiñ faʹakhrajnaa minhu khaḍiran nukhriju minhu ḥabbam mutaraakibaa; wa-minan nakhli miñ ṭalʻihaa q̣in-waanuñ daaniyatuñw wa-jannaatim min ʹaʻnaabiñw wazzaytoona warrummaana mushtabihañw wa-g̣ayra mutashaabih. ʹUñz̤̣urooo ʹilaa s̤amariheee ʹiẓaaa ʹas̤mara wa-yanʻih. ʹInna fee ẓaalikum laʹAayaatil liq̣awmiñy yuʹminoon.
އަދި އުޑުން ފެންބާވައިލައްވާ ވެއްސަވަނީ ހަމަ އެކަލާނގެއެވެ. ދެންފަހެ އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ފަތްޕިލާވެލި ފަޅުއްވަމެވެ. އަދި އޭގެތެރެއިން ތިމަންރަސްކަލާނގެ ފެހިއެއްޗެއް ނެރުއްވަމެވެ. (އެއީ އެއިން ގަހުގެ ނަތީޖާ ނުކުންނަ އެއްޗެވެ.) އަދި އެއިން ތިމަންރަސްކަލާނގެ އެކަތި މައްޗަށް އަނެކަތިއަރާ ބޮނޑިބޮނޑިވެފައިވާ އޮއްޓަރު ނެރުއްވަމެވެ. (އެއީ ކުރާގަނޑެވެ.) އަދި ކަދުރު ރުކުގެ އެތުގެތެރެއިން ކަދުރުއަޅާ ބަރާވެ އެލިފައިވާ އިހާގަނޑުވެއެވެ. އަތްފޯރާފަށަށް ގާތްވެގެންވެއެވެ. (ނުވަތަ އެއްއިހާ އަނެއްއިހަލާއި ގާތްވެގެންވެއެވެ. އަދި މޭބިސްކަދުރުގެ ބަގީޗާތައްވެސް ތިމަންރަސްކަލާނގެ (އެފެނުން) ހެއްދެވީމެވެ. އަދި زيتون އާ އަންނާރުވެސް (އެބަހީ: އޭގެ ގަސްތައްވެސް) ތިމަންރަސްކަލާނގެ ނެރުއްވީމެވެ. އެއްވައްތަރުގެ މޭވާޔާ އެއްވައްތަރުނޫން މޭވާ ވެއެވެ. / އަދި އެއްވައްތަރުވެފައި ރަހައިގައި ތަފާތު މޭވާއެވެ. އަދި އެގަހުގައި މަތިވަރު ނުކުންނަވަގުތާއި އަދި އޭތި ދޮންވެ ފައްކާވާ ވަގުތު ކަލޭމެން ނިކަން ބަލައިބަލާށެވެ. ވިސްނާ فكر ކޮށް ބަލާށެވެ. (އޭ މީސްތަކުންނޭވެ.) ތެދުކޮށް އީމާންވާ ބަޔަކަށް އެކަންކަމުގައި ކަނޑައެޅި ބަޔާންވެގެންވާ دليل ވާކަންކަށަވަރެވެ.
-
100
وَجَعَلُوا۟ لِلَّهِ شُرَكَآءَ ٱلْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا۟ لَهُۥ بَنِينَ وَبَنَـٰتٍۭ بِغَيْرِ عِلْمٍ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يَصِفُونَ
Wa-jaʻaloo lillaahi shurakaaaʹal jinna wa-khalaq̣a-hum wa-kharaq̣oo lahoo baneena wa-banaatim big̣ayri ʻilm. Subḥaanahoo wa-taʻaalaa ʻammaa yaṣifoon.
އަދި އެމީހުން (އެބަހީ އެ مشرك ން) ﷲ تعالى ގެ ރަސްކަންފުޅަށް ޖިންނީންގެ شريك ންތަކެއް ލައިފިއެވެ. އަދި އެކަމަކު އެ ޖިންނިތައް ހެއްދެވީ އެކަލާނގެއެވެ. އަދި ރޯބުހުތާން ދޮގެއްގެގޮތުން އެމީހުން އެކަލާނގެއަށް ފިރިހެންދަރިންނާއި އަންހެންދަރީންވާކަމުގައި އެއްވެސް ގޮތަކުން އެމީހުނަށް އެއްވެސް އެނގުމެއްނެތި ހަމަޖައްސައިފިއެވެ. އަދި އެމީހުން އެސިފަކުރާ ކަންތައްތައް ފިޔަވައި އެކަލާނގެ ހުސް طاهر ވަންތަވެ މަތިވެރިވެވޮޑިގެންވެއެވެ.
-
101
بَدِيعُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ أَنَّىٰ يَكُونُ لَهُۥ وَلَدٌ وَلَمْ تَكُن لَّهُۥ صَـٰحِبَةٌ ۖ وَخَلَقَ كُلَّ شَىْءٍ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ
Badeeʻus samaawaati wal-ʹarḍ: Annaa yakoonu lahoo waladuñw wa-lam takul lahoo ṣaaḥibah? Wa-khalaq̣a kulla shayʹ, wa-Huwa bikulli shayʹin ʻAleem.
(ﷲ އެއީ) ކުރީގެ އެއްވެސް މިސާލެއްނެތި އުޑުތަކާއި ބިން ހަމަ އަލަށްވެސް ހެއްދެވި ކަލާނގެއެވެ. އެކަލާނގެއަށް އެއްވެސް ދަރިއަކުއޮތުން އެކަށީގެންވާނީ ކޮންފަދައަކުންހެއްޔެވެ؟ އަދި އެކަލާނގެއަށް އެއްވެސް އަނބިކަނބަލަކު ނުވެއެވެ. އަދި އެކަލާނގެއީ ހުރިހާތަކެތި ހެއްދެވި ކަލާނގެއެވެ. އަދި އެކަލާނގެ ހުރިހާ އެއްޗެއް ދެނެވޮޑިގެންވެއެވެ.
-
102
ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ خَـٰلِقُ كُلِّ شَىْءٍ فَٱعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ
Ẓaalikumul laahu Rabbukum! Laaa ʹilaaha ʹillaa Hoo. khaaliq̣u kulli shayʹiñ faʻbudooh; wa-Huwa ʻalaa kulli shayʹiñw Wakeel.
އެއީ ﷲ އެވެ. އެއީ ކަލޭމެންގެ ربّ އެވެ. އެކަލާނގެ ފިޔަވައި (حقّ إله އަކު ނުވެއެވެ. އެއީ ހުރިހާތަކެތީ ގެ خالق އެވެ.) ހައްދަވާ ކަލާނގެއެވެ. ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއީ ހުރިހާތަކެތީގެ މައްޗަށްވާ وكيل އެވެ. ހުރިހާތަކެތި ބަލަހައްޓަވާ ރައްކާތެރިކުރައްވާ ކަލާނގެއެވެ.
-
103
لَّا تُدْرِكُهُ ٱلْأَبْصَـٰرُ وَهُوَ يُدْرِكُ ٱلْأَبْصَـٰرَ ۖ وَهُوَ ٱللَّطِيفُ ٱلْخَبِيرُ
Laa tudrikuhul ʹabṣaaru. wa-Huwa yudrikul ʹabṣaar: wa-Huwal Laṭeeful Khabeer.
(خَلق ތަކުންގެ) ލޯތަކަށް އެކަލާނގެ ލިބިނުގަނެވޭނެއެވެ. އެކަލާނގެ ދުށުމުގެ ކުޅަދާނަކަން (ދުނިޔޭގައި) ނުވެއެވެ. އަދި އެކަމަކު އެކަލާނގެ އެންމެހައި ތަކެތީގެ ލޯތައް ދެކެވޮޑިގަންނަވައެވެ. އަދި އެކަލާނގެއީ އޯގާވަންތަ، ސިއްރުތައް ދެނެވޮޑިގެންވާ އަދި ހުރިހާ خبر އެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
104
قَدْ جَآءَكُم بَصَآئِرُ مِن رَّبِّكُمْ ۖ فَمَنْ أَبْصَرَ فَلِنَفْسِهِۦ ۖ وَمَنْ عَمِىَ فَعَلَيْهَا ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍ
Q̣ad jaaaʹakum̃ baṣaaaʹiru mir rabbikum: faman ʹabṣara falinafsih: wa-man ʻamiya faʻalayhaa: wa-maaa ʹana ʻalaykum̃ biḥafeez̤̣.
(އޭ މީސްތަކުންނޭވެ!) ކަލޭމެންގެގާތަށް (އީމާންކަމާއި ތެދުމަގު އޮޅުންފިލާހާ) حجّة އާއި دليل އަތުވެއްޖެއެވެ. ކަލޭމެންގެ رَبّ ގެ حضرة ންނެވެ. ފަހެ އެ حجّة އާއި دليل ތަކަށް ވިސްނާ فكر ކޮށް عبرة އާ دليل ލިބިގެންފިމީހާ ދަންނައެވެ. ފަހެ އެކަމުގެ ލާބަޔާ ނަފާހުރީ ހަމަ އެމީހެއްގެ نفس އަށެވެ. އަދި އެ حجّة ތަކާއި دليل ތަކުން އަނދިރިވެ އެއަށް فكر ނުކުރި މީހާ ދަންނައެވެ. އެކަމުގެ ގެއްލުމާއި ހަލާކުހުރީ ހަމައެމީހަކަށެވެ. އަދި ކަލޭމެނަށްވާ رَقِيب އަކުކަމުގައި - އެބަހީ ކަލޭމެންގެ عمل ތައް ރައްކާތެރިކޮށް ބަލަހައްޓަވާ ބޭކަލުކަމުގައި އަހުރެން ނުވެއެވެ.
-
105
وَكَذَٰلِكَ نُصَرِّفُ ٱلْـَٔايَـٰتِ وَلِيَقُولُوا۟ دَرَسْتَ وَلِنُبَيِّنَهُۥ لِقَوْمٍ يَعْلَمُونَ
Wa-kaẓaalika nuṣarriful ʹAayaati wa-liyaq̣ooloo darasta wa-li-nubayyi-nahoo. liq̣awmiñy yaʻlamoon.
އަދި ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް ގޮތްގޮތަށް ތަފާތުކޮށް بيان ކުރައްވަނީ އެފަދައިންނެވެ. (އެބަހީ މިސޫރަތުގައި ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް ތަފާތުކޮށް بيان ކުރެއްވިފަދައިން ތިމަންރަސްކަލާނގެ أمر އާއި ނަހީގެތެރެއިން ކަލޭމެންނަށް ނޭނގޭ ކަންތައްތައް ތިމަންރަސްކަލާނގެ بيان ކޮށްދެއްވަމެވެ.) އަދި ކަލޭގެފާނު أهل كتاب ންގެގާތުން ކިޔަވާ ވިދާޅުވިކަމުގައި އެމީހުން ބުނުމަށެވެ. އަދި حقّ އެއީ حقّ ކަން ދަންނަ ބަޔަކަށް ތިމަންރަސްކަލާނގެ بيان ކޮށްދެއްވުމަށެވެ.
-
106
ٱتَّبِعْ مَآ أُوحِىَ إِلَيْكَ مِن رَّبِّكَ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ وَأَعْرِضْ عَنِ ٱلْمُشْرِكِينَ
ʹIttabiʻ maaa ʹooḥiya ʹilayka mir Rabbik: Laaa ʹilaaha ʹillaa Hoo: wa-ʹaʻriḍ ʻanil mushrikeen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭ وحي އަށް ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! އެކަލާނގެ ފިޔަވައި حقّ إله އަކު ނުވެއެވެ. އަދި مشرك ންގެ ކިބައިން އެނބުރި ދުރުވެވަޑައިގަންނަވާށެވެ!
-
107
وَلَوْ شَآءَ ٱللَّهُ مَآ أَشْرَكُوا۟ ۗ وَمَا جَعَلْنَـٰكَ عَلَيْهِمْ حَفِيظًا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ
Wa-law shaaaʹal laahu maaa ʹashrakoo: wa-maa jaʻalnaaka ʻalayhim ḥafeez̤̣aa, wa-maaa ʹañta ʻalayhim̃ biwakeel.
އަދި ﷲ އެދިވޮޑިގެންނެވިނަމަ އެމީހުން شريك ނުކުރީހެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެ عمل ތައް ބަލަހައްޓަވާ ރައްކާތެރިކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ނުލައްވަމެވެ. އަދި އެމީހުންގެ ކަންތަކާއި حوال ވެގެންވާ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވެއެވެ.
-
108
وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا۟ يَعْمَلُونَ
Wa-laa tasubbul laẓeena yadʻoona miñ doonil laahi fayasubbul laaha ʻadwam big̣ayri ʻilm. Kaẓaalika zayyannaa likulli ʹummatin ʻamalahum. S̤umma ʹilaa Rabbihim marjiʻuhum fayunabbiʹuhum̃ bimaa kaanoo yaʻmaloon.
(އޭ مؤمن ންނޭވެ!) ﷲ ފިޔަވައި އެމީހުން دعاء ކޮށް ގޮވާތަކެއްޗަށް (އެބަހީ مشرك ންގެ إله ން ތަކަށް) ކަލޭމެން ހުތުރު އެއްޗެތިނުކިޔާށެވެ! ފަހެ، އޭރުން - އެބަހީ ހުތުރުއެއްޗެތި ކިޔަންޏާ އެމީހުން އެއްވެސް علم އެއް އެނގުމެއްނެތި، ގޮތެއްފޮތެއްނެތި ﷲ އަށް ހުތުރުއެއްޗެތި ކިޔާނެއެވެ. އަދި ކޮންމެ أُمَّة އަކަށްވެސް އެބައެއްގެ عَمَلُ ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށްދިނީ އެފަދައިންނެވެ. (އެއީ މިމީހުންނަށްވެސް ބުދަށްއަޅުކަންކޮށް شيطانއާއަށް ކިޔަމަންތެރިވުމަށް ޒީނަތްތެރިކޮށްދެއްވިފަދައިންނެވެ.) ދެން އެމީހުން އެނބުރި رجوع ވުން ނުވަތަ رجوع ވާތަންވަނީ އެމީހުންގެ رَبّ ގެ حضرة ގައެވެ. ދެން އެމީހުން (ދުނިޔޭގައި) ކުރާކަމުގައިވީ ކަންތައްތަކުގެ خبر އެކަލާނގެ އެމީހުންނަށް ދެއްވާނެއެވެ.
-
109
وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِن جَآءَتْهُمْ ءَايَةٌ لَّيُؤْمِنُنَّ بِهَا ۚ قُلْ إِنَّمَا ٱلْـَٔايَـٰتُ عِندَ ٱللَّهِ ۖ وَمَا يُشْعِرُكُمْ أَنَّهَآ إِذَا جَآءَتْ لَا يُؤْمِنُونَ
Wa-ʹaq̣samoo billaahi jahda ʹaymaanihim laʹiñ jaaaʹathum ʹAayatul layuʹminunna bihaa. Q̣ul ʹinnamal ʹAayaatu ʻindal laahi wa-maa yushʻirukum ʹannahaaa ʹiẓaa jaaaʹat laa yuʹminoon?
އަދި ﷲ ގަންދީ ގަދަހުވައިން ހުވައިކޮށްފާ އެމީހުން ބުނާނެއެވެ. އެހެނީ އެމީހުންގެގާތަށްވެސް އާޔަތެއް އަތުވެއްޖެއްޔާ (އެބަހީ محمّد ގެފާނުންގެ رسول ކަން އެއީ ތެދު رسول ކަމެއްކަމަށް دليل ކުރާ دليل އެއް حجّة އެއް އަތުވެއްޖެއްޔާ) ހަމަކަށަވަރުންވެސް އެމީހުން އެޔަށް އެބަހީ އެއާޔަތަށް އީމާންވާނެކަން ކަށަވަރެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެފަދަ دليل އެއް معجزة އެއް ގެންނެވުން ވާކަންކަށަވަރީ ﷲ ގެ حضرة ންނެވެ. (އެއީ އަހުރެންގެ ކަމެއްނޫނެވެ.) އަދި އޭ مؤمن ންނޭވެ! އެ دليل އެއް - معجزة އެއް އަޔަސް އެމީހުން އީމާންނުވާނެކަން ކަލޭމެންނަށް إحسان ކުރެވުނީ ކޮންކަމަކުންހެއްޔެވެ؟ (ނުވަތަ އަނެއް قراءة ގައިވާގޮތުން އެ دليل އެއް އެ معجزة އެއް އަތުވެއްޖެއްޔާ އެއަށް ކަލޭމެން (ތިޔަ مشرك ން) އީމާންނުވާނެއެވެ. އަދި މިނޫން ގޮތްގޮތަށްވެސް މިއާޔަތުގެ މާނަލިޔެވިފައިވެއެވެ. والله أعلم)
-
110
وَنُقَلِّبُ أَفْـِٔدَتَهُمْ وَأَبْصَـٰرَهُمْ كَمَا لَمْ يُؤْمِنُوا۟ بِهِۦٓ أَوَّلَ مَرَّةٍ وَنَذَرُهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ
Wa-nuq̣allibu ʹafʹidatahum wa-ʹabṣaarahum kamaa lam yuʹminoo biheee ʹawwala marratiñ wa-naẓaruhum fee ṭug̣yaanihim yaʻmahoon.
އަދި އެމީހުންގެ ހިތްތަކާއި އެމީހުންގެ ލޯތައް ތިމަންރަސްކަލާނގެ ފުރޮޅުއްވާ ބަދަލުކުރައްވާ ތަފާތު ކުރައްވަމެވެ. އީމާންކަމާއި ދެމެދު ހުރަސްއަޅުއްވަމެވެ. އެއީ އެމީހުން ފުރަތަމަވެސް އެކަލޭގެފާނަށް އީމާންނުވި ފަދައިންނެވެ. އޭ رسول ﷲ އެވެ. އެމީހުންގެ އެ ނުކިޔަމަންތެރިކަމުގައި ދެފުށު އެޅިއެޅިތިބުމަށް ކަލޭގެފާނު އެމީހުން ދޫކޮށްލައްވާށެވެ!
-
111
۞ وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلَـٰٓئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَىْءٍ قُبُلًا مَّا كَانُوا۟ لِيُؤْمِنُوٓا۟ إِلَّآ أَن يَشَآءَ ٱللَّهُ وَلَـٰكِنَّ أَكْثَرَهُمْ يَجْهَلُونَ
Wa-law ʹannanaa nazzal-naaa ʹilayhimul malaaaʹikata wa-kallamahumul mawtaa waḥasharnaa ʻalayhim kulla shayʹiñ q̣ubulam maa kaanoo liyuʹminooo ʹillaaa ʹañy yashaaaʹal laahu wa-laakinna ʹaks̤arahum yajhaloon.
އަދި ތިމަންރަސްކަލާނގެ އެމީހުންގެގާތަށް (مشرك ންގެގާތަށް) މަލާއިކަތްބޭކަލުން ފޮނުއްވިނަމަވެސް އަދި ނުވަތަ މަރުވެފައިވާ މީހުން ދިރިގެން ތެދުވެ އެމީހުންނާއި ވާހަކަދެއްކިނަމަވެސް އަދި ނުވަތަ ހުރިހާއެއްޗެއް ހަމަ ފައުޅުގައި قبيلة قبيلة އަށް ބައިބަޔަށް ޖަމާކުރައްވާ محشر ކުރެއްވިނަމަވެސް ﷲ އެދިވޮޑިގަންނަވަންޏާ މެނުވީ އެމީހުން އީމާންނުވާނެއެވެ. އަދި އެކަމަކު އެމީހުންކުރެ ގިނަމީހުންނަކީ އެކަން ނުދަންނަމީހުންނެވެ.
-
112
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَـٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ
Wa-kaẓaalika jaʻalnaa likulli nabiyyin ʻaduwwañ shayaaṭeenal ʹiñsi waljinni yooḥee baʻḍuhum ʹilaa baʻḍiñ zukhrufal q̣awli g̣urooraa. Wa-law shaaaʹa Rabbuka maa- faʻaloohu faẓarhum wa-maa yaftaroon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނަށް އިންސީންނާއި ޖިންނީންގެ شيطان ން ލެއްވިފަދައިން ކޮންމެ نبي ބޭކަލަކަށްވެސް އިންސާނުންނާއި ޖިންނީންގެ ތެރެއިން ތިމަންރަސްކަލާނގެ شيطان ން ލެއްވީމެވެ. އެއީ އެބޭކަލުންގެ عدوُّ ންނެވެ. އެސޮރުމެން އޭގެ އެއްބަޔަކު އަނެއްބަޔަކަށް ޒީނަތްތެރި ފޮނިބަސްތައް ހެއްލުންތެރި ކުރުވުމަށްޓަކައި ކިޔައިދީހަދައެވެ. އަދި ކަލޭގެފާނުންގެ رَبّ އެދިވޮޑިނުގެންނެވިނަމަ އެމީހުން އެކަން ނުކުރީހެވެ. ފަހެ އެމީހުންނާއި އެމީހުން އެދޮގުހަދާތަކެތި ދޫކޮށްލައްވާށެވެ.
-
113
وَلِتَصْغَىٰٓ إِلَيْهِ أَفْـِٔدَةُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا۟ مَا هُم مُّقْتَرِفُونَ
Walitaṣg̣aaa ʹilayhi ʹafʹidatul laẓeena laa- yuʹminoona bil-ʹAakhirati wa-liyarḍawhu waliyaq̣tarifoo maa- hum muq̣tarifoon.
އަދި آخرة ދުވަހަށް އީމާންނުވާ މީހުންގެ ހިތްތައް އެޔަށް ލެނބުމަށެވެ. (އެބަހީ شيطانُ ންގެ އެ ޒީނަތްތެރި ފޮނިބަސްތަކަށް) ލެނބުމަށެވެ. އަދި އެމީހުން އެޔަށް ރުހުމަށެވެ. އަދި އެމީހުން އެކުރާ ނުބައި عمل ކޮށް އެފާފަތައް ކުރުމަށެވެ.
-
114
أَفَغَيْرَ ٱللَّهِ أَبْتَغِى حَكَمًا وَهُوَ ٱلَّذِىٓ أَنزَلَ إِلَيْكُمُ ٱلْكِتَـٰبَ مُفَصَّلًا ۚ وَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْلَمُونَ أَنَّهُۥ مُنَزَّلٌ مِّن رَّبِّكَ بِٱلْحَقِّ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ
ʹAfag̣ayral laahi ʹabtag̣ee ḥakamañw wa-Huwal laẓeee ʹañzala ʹilaykumul Kitaaba mufaṣṣalaa? Wallaẓeena ʹaataynaahumul Kitaaba yaʻlamoona ʹannahoo munazzalum mir Rabbika bilḥaq̣q̣i falaa takoonanna minal mumtareen.
އަދި حكم ކުރާ ފަރާތެއްގެގޮތުން ﷲ ނޫން އެހެންފަރާތެއް އަހުރެން އެދެންވީހެއްޔެވެ؟ އެކަލާނގެއީ ކަލޭމެންގެމައްޗަށް تفصيل ކޮށް بيان ކޮށްދޭ حال ފޮތްބާވައިލެއްވި ކަލާނގެއެވެ. އަދި އެމީހުންނަށް ތިމަންރަސްކަލާނގެ ފޮތް ދެއްވިމީހުންނަށް އެފޮތަކީ يعني ކީރިތި قرآن އަކީ ކަލޭގެފާނުންގެ رَبّ ގެ حضرة ން ހަމަ حقّ ގޮތުގައި ބާވައިލައްވާފައިވާ ފޮތެއްކަން ރަނގަޅަށްއެނގޭނެއެވެ. ފަހެ ޝައްކުކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ.
-
115
وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَـٰتِهِۦ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
Wa-tammat kalimatu Rabbika ṣidq̣añw waʻadlaa: laa- mubaddila li-Kalimaatih: wa-Huwas Sameeʻul ʻAleem.
އަދި عدل ވެރިކަމާއި ތެދުވެރިކަމުގެ ގޮތުން ކަލޭގެފާނުންގެ رَبّ ގެ كلمة ފުޅު ފުރިހަމަވެގެންވެއެވެ. (ކީރިތި قرآن އަކީ އޭގެ އެންމެ ފުރިހަމަ كلمة ފުޅެވެ.) އަދި އެކަލާނގެ كلمة ފުޅު ބަދަލުކުރާނެ އެކަކުވެސް ނުވެއެވެ. [އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.]
-
116
وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ
Wa-ʹiñ tuṭiʻ ʹaks̤ara mañ fil ʹarḍi yuḍillooka ʻañ Sabeelil laah. ʹIñy yattabiʻoona ʹillaz̤̣ z̤̣anna wa-ʹin hum ʹillaa yakhruṣoon.
(އޭ رسول ﷲ އެވެ!) ބިންމަތީގައިވާ ގިނަމީސްތަކުންނަށް ކަލޭގެފާނު ކިޔަމަންތެރިވެވަޑައިގެންފިއްޔާ އެމީހުން ﷲ ގެމަގުން ކަލޭގެފާނު ފުރައްދާ ވާވައްދައިލާނެއެވެ. އަދި ހަމަ ހީއާއި ވަހުމަށްމެނުވީ އެމީހުން تبع ވާކަމުގައި ނުވެއެވެ. އަދި ލަފާކޮށް خيال ކުރާބަޔަކުކަމުގައި މެނުވީ އެމީހުން ނުވެއެވެ.
-
117
إِنَّ رَبَّكَ هُوَ أَعْلَمُ مَن يَضِلُّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
ʹInna Rabbaka Huwa ʹaʻlamu mañy yaḍillu ʻañ Sabeelih; wa-Huwa ʹaʻlamu bil-Muhtadeen.
ހަމަކަށަވަރުން ކަލޭގެފާނުގެ رَبُّ، އެކަލާނގެމަގުން ފުރެދޭމީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ތެދުމަގުގައިވާ މީހާވެސް މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ.
-
118
فَكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ إِن كُنتُم بِـَٔايَـٰتِهِۦ مُؤْمِنِينَ
Fakuloo mimmaa ẓukiras mul laahi ʻalayhi ʹiñ kuñtum̃ biʹAayaatihee muʹmineen.
ފަހެ އޭގެމައްޗަށް ﷲ ގެ ނަންފުޅުގަނެވިފައިވާ ތަކެތި ކަލޭމެންކާށެވެ. (އެބަހީ: بسم ކިޔައިގެން صحّ މަގުން ކަތިލެވިފައިވާ ތަކެތީގެ މަސް ކަލޭމެން ކާށެވެ.) ކަލޭމެން އެކަލާނގެ އާޔަތްތަކަށް އީމާންވެގެންވާ ބަޔަކުކަމުގައި ވަންޏާއެވެ. އެއީ ހުއްދަކަމެކެވެ.
-
119
وَمَا لَكُمْ أَلَّا تَأْكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا ٱضْطُرِرْتُمْ إِلَيْهِ ۗ وَإِنَّ كَثِيرًا لَّيُضِلُّونَ بِأَهْوَآئِهِم بِغَيْرِ عِلْمٍ ۗ إِنَّ رَبَّكَ هُوَ أَعْلَمُ بِٱلْمُعْتَدِينَ
Wa-maa lakum ʹallaa taʹkuloo mimmaa ẓukiras mul laahi ʻalayhi wa-q̣ad faṣṣala lakum maa ḥarrama ʻalaykum ʹillaa maḍ ṭurirtum ʹilayh? Wa-ʹinna kas̤eeral layuḍilloona biʹahwaaaʹihim̃ big̣ayri ʻilm. ʹInna Rabbaka Huwa ʹaʻlamu bilmuʻtadeen.
އަދި އެއެއްޗެއްގެމައްޗަށް ﷲ ގެނަންފުޅު ގަނެވިފައިވާ ތަކެތީން ކަލޭމެން ނުކާންވީ ކީއްވެހެއްޔެވެ؟ ކޮންކަމަކާހެދިހެއްޔެވެ؟ ގޮތެއްނެތި މަޖްބޫރުވެގެންވާ حال ބޭނުންކޮށްލުމަށްމެނުވީ ކަލޭމެންގެމައްޗަށް حرام ކުރެއްވިތަކެތި ހަމަކަށަވަރުން އެކަލާނގެ ކަލޭމެނަށް تفصيل ކޮށް بيان ކޮށްދެއްވިއެވެ. އަދި މީސްތަކުންކުރެ ގިނަބަޔަކު އެއްވެސްއެނގުމެއް علم އެއްނެތި އެމީހުންގެ هوى نفس އަށް ފެންނަގޮތެއްގެމަތީން ގިނަބަޔަކު މަގުފުރައްދާކަން ކަށަވަރެވެ. (އެއްވެސް صحّ دليل އެއްނެތި ތިމާމެންނަށް ފެންނަގޮތަކަށް فتوى ދިނުމުގެ ސަބަބުން ގިނަބަޔަކު މަގުފުރެދެއެވެ.) ހަމަކަށަވަރުން ތިމާމެންގެ حدّ ފަހަނަޅައި حدُّ ން ބޭރުވެގެންވާމީސްތަކުން ކަލޭގެފާނުގެ رَبّ މޮޅަށް ދެނެވޮޑިގެންވެއެވެ.
-
120
وَذَرُوا۟ ظَـٰهِرَ ٱلْإِثْمِ وَبَاطِنَهُۥٓ ۚ إِنَّ ٱلَّذِينَ يَكْسِبُونَ ٱلْإِثْمَ سَيُجْزَوْنَ بِمَا كَانُوا۟ يَقْتَرِفُونَ
Waẓaroo z̤̣aahiral ʹis̤mi wa-baaṭinah: ʹInnal laẓeena yaksiboonal ʹis̤ma sayujzawna bimaa kaanoo yaq̣tarifoon.
ފައުޅުވެގެންވާ ފާފަޔާ އަދި ފޮރުވި ނިވައިވެގެންވާ ފާފަތައް ދޫކޮށްލާށެވެ. (ނުވަތަ ގިނަ އަދި މަދު ފާފައިން ނުވަތަ.ހުރިހާފާފައެއް ދޫކޮށްލާށެވެ.....) ހަމަކަށަވަރުން ފާފަތައްކުރާ މީހުންނަށް އެމީހުން އެފާފަކުރާ ކަންތައްތަކުގެ ސަބަބުން އެމީހުންނަށް ޖަޒާދެއްވޭނެއެވެ.
-
121
وَلَا تَأْكُلُوا۟ مِمَّا لَمْ يُذْكَرِ ٱسْمُ ٱللَّهِ عَلَيْهِ وَإِنَّهُۥ لَفِسْقٌ ۗ وَإِنَّ ٱلشَّيَـٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَـٰدِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ
Wa-laa taʹkuloo mimmaa lam yuẓkaris mul laahi ʻalayhi wa-ʹinnahoo lafisq̣. Wa-ʹinnash shayaaṭeena layooḥoona ʹilaaa ʹawliyaaaʹihim liyujaadilookum. Wa-ʹin ʹaṭaʻtumoohum ʹinnakum lamushrikoon.
އަދި އެއެއްޗެއްގެ މައްޗަށް ﷲ ގެ ނަންފުޅު ނުގަނެވި މަރުވެފައިވާ އެއްޗެތީން ކަލޭމެން ނުކާށެވެ! (އެބަހީ:މަސްކެއުން ޙަލާލު ޖަނަވާރެއްނަމަވެސް بسم ކިޔައިގެން صحّ މަގުން ނުކަތިލެވޭތަކެތީން ނުކާށެވެ.) އެއީ ހަމަކަށަވަރުން فاسق ކަމެކެވެ. އުރެދުމެކެވެ. / ނުވަތަ ހަޑިމުޑުދާރު ތަކެތިކަން ކަށަވަރެވެ. އަދި شيطان ން އެމީހުންގެ ولِى ންނަށް (ސަހަރޯވެރިންނަށް) خبر ތައްދީ އަންގައި ހަދާނެކަންކަށަވަރެވެ. އެއީ ކަލޭމެން مؤمن ންނާ جدل ކޮށްހެދުމަށްޓަކައެވެ. އަދި ކަލޭމެންވެސް އެމީހުންނަށް ކިޔަމަންވެއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންނަކީވެސް مشرك ންނެވެ.\n• ދަންނައެވެ. މިއާޔަތުގައި މިވާ شيطان ންނަކީ އެއީ فَارِس ކަރައިގެމީހުންނާއި ދެންވެސް އެމީހުން مجوسى ދީނުގައި އުޅޭމީހުންނެވެ. ދެން އެމީހުންގެ ولى ންނޭއޮތް ބަސްފުޅުން މުރާދުވެވެނީ مكّة ގެ قريش ގެ ބޮޑެތި مشرك ންނެވެ. އެމީހުން جدل ކުރިކަމެއްކަމުގައިވަނީ މުޅަތަކެތީގެ މަސްކެއުމާއި މެދުގައެވެ. އަދި މިނޫންގޮތްގޮތަށްވެސް މިއާޔަތުގެ تفسير ގައި ލިޔެވިގެންވެއެވެ. والله أعلم - = تفسير طبري ބައްލަވާށެވެ. =
-
122
أَوَمَن كَانَ مَيْتًا فَأَحْيَيْنَـٰهُ وَجَعَلْنَا لَهُۥ نُورًا يَمْشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُۥ فِى ٱلظُّلُمَـٰتِ لَيْسَ بِخَارِجٍ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَـٰفِرِينَ مَا كَانُوا۟ يَعْمَلُونَ
ʹA-wamañ kaana maytañ faʹaḥyaynaahu wa-jaʻalnaa lahoo Noorañy yamshee bihee fin naasi kamam mas̤aluhoo fiz̤̣ z̤̣ulumaati laysa bikhaarijim minhaa? Kaẓaalika zuyyina lilkaafireena maa- kaanoo yaʻmaloon.
މަރުވެގެންވާ މީހަކުކަމުގައިވެފައި ދެން ތިމަންރަސްކަލާނގެ އެމީހަކު ދިރުއްވައި އަދި އެމީހަކަށް ތިމަންރަސްކަލާނގެ نور އެއްލައްވައި އެ نور ގެ އަލީގައި މީސްތަކުންގެމެދުގައި ހިނގާބިނގާވެއުޅޭ މީހަކާއި އަނދިރިތަކެއްގެތެރޭގައި އެއިން ނުކުތުމެއްނެތި ހުންނަމީހަކާއި ދެމީހުން އެއްފަދަހެއްޔެވެ؟ ކާފަރުން އެމީހުންކުރާ ނުބައި عمل ތައް އެމީހުންނަށް ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށްދެއްވީ އެފަދައިންނެވެ. • ދަންނައެވެ! މިއީ مؤمن އީމާންތެރިމީހާއާއި ކާފަރުގެ މިސާލެކެވެ. مؤمن މީހާއަށް ﷲ هداية ދައްކަވައި އޭނާ އެތެދުމަގުގައި އުޅެމުންދަނީއެވެ. އަނެއް ކާފަރުމީހާ އޭނާއަށް އެއްވެސް ތެދުމަގެއްނެތެވެ. ކާފަރުކަމާއި ޖާހިލުކަމުގެ ގަދަ އަނދިރީގައެވެ. އެދެމީހުން އެއްވަރު ނުވާނެއެވެ.
-
123
وَكَذَٰلِكَ جَعَلْنَا فِى كُلِّ قَرْيَةٍ أَكَـٰبِرَ مُجْرِمِيهَا لِيَمْكُرُوا۟ فِيهَا ۖ وَمَا يَمْكُرُونَ إِلَّا بِأَنفُسِهِمْ وَمَا يَشْعُرُونَ
Wa-kaẓaalika jaʻalnaa fee kulli q̣aryatin ʹakaabira mujrimeehaa liyamkuroo feehaa; wa-maa yamkuroona ʹillaa biʹañfusihim wa-maa yashʻuroon.
އަދި ހަމައެފަދައިން ކާފަރުންނަށް އެމީހުންއެކުރާ ނުބައި عمل ތައް ޒީނަތްތެރިކޮށްދެއްވި ފަދައިން ތިމަންރަސްކަލާނގެ ކޮންމެރަށަކަށްވެސް އެރަށެއްގައިވާ ކަމުވޮށިގެންވާ ބޮޑެތިމީހުން އެއީ އެރަށުގެ مُجْرِمُ ންކަމުގައި ލެއްވީމެވެ. (އެއީ އެމީހުން އެގޮތް إختيار ކުރީމައެވެ.) ދެން އެމީހުން އެރަށުގައިތިބެ مَكَرُ ތައްހަދާ ގޮތްތައް ރާވާހަދައެވެ. (ﷲ ގެ دين އާއި دين ގެ أهل ވެރިންބަރުބާދު ކުރުމަށް ޒާތްޒާތުގެ ގޮތްތައް ހަދާ مشروع ތައް ރާވާހަދައެވެ. ބޭރުފުށުން ترقّى އާއި ކުރިއެރުމުގެ ނަމުގައެވެ. އެތެރެފުށުން إسلامى دين ހަލާކު ކުރުމަށެވެ.) އަދި އެކަމަކު އެމީހުން އެހަދާ مَكَرُ ރޭވުންތަކުގެ ނުބައިކަން ހުންނާނީ ހަމައެމީހުންނަށެވެ. އެމީހުންނަކަށް އެގޮތް ނޭނގެއެވެ. إحساس ނުކުރެވެއެވެ.
-
124
وَإِذَا جَآءَتْهُمْ ءَايَةٌ قَالُوا۟ لَن نُّؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَآ أُوتِىَ رُسُلُ ٱللَّهِ ۘ ٱللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُۥ ۗ سَيُصِيبُ ٱلَّذِينَ أَجْرَمُوا۟ صَغَارٌ عِندَ ٱللَّهِ وَعَذَابٌ شَدِيدٌۢ بِمَا كَانُوا۟ يَمْكُرُونَ
Wa-ʹiẓaa jaaaʹathum ʹAayatuñ q̣aaloo lan nuʹmina ḥattaa nuʹtaa mis̤la maaa ʹootiya rusulul laah. ʹAllaahu ʹaʻlamu ḥays̤u yajʻalu Risaalatah. Sayuṣeebul laẓeena ʹajramoo ṣag̣aarun ʻiñdal laahi wa-ʻaẓaabuñ shadeedum bimaa kaanoo yamkuroon.
އަދި އެމީހުންގާތަށް (އެބަހީ: مشرك ންގެގާތަށް - نبي ﷲ ﷺ އެގެންނެވި دين އެއީ صحّ އަދި حقيقة އެއްކަން އަންގައިދޭ) ކޮންމެدليل އެއް حجّة އެއް އަތުވެއްޖެއްޔާވެސް އެމީހުން ބުނާނެއެވެ. ﷲ ފޮނުއްވި އެހެނިހެން رسول ބޭކަލުންނަށް އައިކަހަލަ معجزة އެއް (موسى عليه السّلام ގެ އަސާކޮޅުކަހަލަ - صالح عليه السلاّم ގެފާނުންގެ جملކޮޅުފަދަ معجزة އެއް) އަހުރެމެންނަށް ގެނެވިއްޖައުމަށްދާންދެން އަހުރެމެން އީމާންނުވާހުއްޓެވެ. (އޭގެ جواب ގައި ﷲ އެ އަންގަވަނީ) ﷲ އެކަލާނގެ رسول ކަން ލައްވާނެތަނެއް އަދި ދެއްވާނެމީހެއް ދެނެވޮޑިގަތުން ބޮޑެވެ. (އަދި معجزة އެއް ފޮނުއްވާނެކަމެއް ނުވަތަ ނޫންކަމެއް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ.) އަދި ފާފަކޮށް ނުބައި ނުލަފާ ކަންތައްތައް ކުރާމީހުންނަށް ﷲ ގެ حضرة ގައި ނިކަންހުރެ ދެރަކަމާއި ނިކަމެތިކަން ހުންނަހުއްޓެވެ. އަދި އެމީހުން مَكَرُ ތައްހަދާ ގޮތްތައް ރާވާކަމުގައިވީކަންތައްތަކުގެ ސަބަބުން ގަދަވެގެންވާ عذاب އެމީހުންނަށް ހުންނަހުއްޓެވެ.
-
125
فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَـٰمِ ۖ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ ۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ
Famañy yuridil laahu ʹañy yahdiyahoo yashraḥ ṣadrahoo lil-ʹIslaam; wa-mañy yurid ʹañy yuḍillahoo yajʻal ṣadrahoo ḍayyiq̣an harajañ kaʹannamaa yaṣṣaʻʻadu fis samaaaʹ. Kaẓaalika yajʻalul laahur rijsa ʻalal laẓeena laa- yuʹminoon.
ފަހެ ﷲ تعالى އެމީހަކަށް ތެދުމަގުދެއްކެވުމަށް އިރާދަކުރައްވާމީހަކު ދަންނައެވެ. ފަހެ އެކަލާނގެ އެމީހެއްގެ މޭމަތި އެބަހީ ހިތް އިސްލާމްދީނަށް ތަނަވަސްކޮށްދެއްވާ ހާމަކޮށްދެއްވައެވެ. އަދި މީހަކު މަގުފުރެއްދެވުމަށް އެކަލާނގެ އިރާދަކުރައްވަންޏާ އެމީހެއްގެ މޭމަތި އެބަހީ ހިތް (އީމާންކަމާއި ތެދުމަގުގެ ފަރާތަށް) އެކަލާނގެ ދަތިކުރައްވާ އުނދަގޫކުރައްވައެވެ. އޭނާޔަށް އެކަންވާނީ މައްޗަށް އަރާމީހެއްގެ ނޭވަޔަށްވާގޮތަށެވެ. (ވައިމަދުވެ އޮކްސިޖަން މަދުވެގެން ނޭވާލާން އުނދަގުވެގެންއުޅޭ މީހަކުފަދައިންނެވެ.) އީމާންނުވާ މީހުންގެ ހިތްތަކަށް ﷲ تعالى ހަޑިމުޑުދާރުކަން ނުވަތަ عذاب ލައްވާފައިވަނީ އެފަދައިންނެވެ.
-
126
وَهَـٰذَا صِرَٰطُ رَبِّكَ مُسْتَقِيمًا ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍ يَذَّكَّرُونَ
Wa-haaẓaa Ṣiraaṭu Rabbika Mustaq̣eemaa: q̣ad faṣṣalnal ʹAayaati liq̣awmiñy yaẓẓakkaroon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ތިމަންރަސްކަލާނގެ މިއަންގަވާގޮތް) މިއީ ކަލޭގެފާނުންގެ رَبّ ގެ ސީދާވެގެންވާމަގެވެ. ތެދުމަގެވެ. نصيحة އާއި وعظ ން عبرة ލިބިގަންނަބަޔަކަށް ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތައް / - دليل ތައް تفصيل ކޮށް بيان ކޮށްދެއްވައިފީމެވެ.
-
127
۞ لَهُمْ دَارُ ٱلسَّلَـٰمِ عِندَ رَبِّهِمْ ۖ وَهُوَ وَلِيُّهُم بِمَا كَانُوا۟ يَعْمَلُونَ
lahum Daarus Salaami ʻiñda Rabbihim wa-Huwa Waliyyuhum̃ bimaa kaanoo yaʻmaloon.
އެމީހުންނަށް އެމީހުންގެ رَبّ ގެ حضرة ގައި دَارُ السّلام ވެއެވެ. އެއީ ސަލާމަތުގެ ގޮވައްޗެވެ. ސުވަރުގެއެވެ. އަދި އެކަލާނގެ އެއީ އެމީހުންގެ ސަހަރޯވެރިޔާއެވެ. އެއީ އެމީހުންކުރާކަމުގައިވި (ރަނގަޅު) عمل ތަކުގެ ސަބަބުންނެވެ.
-
128
وَيَوْمَ يَحْشُرُهُمْ جَمِيعًا يَـٰمَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُم مِّنَ ٱلْإِنسِ ۖ وَقَالَ أَوْلِيَآؤُهُم مِّنَ ٱلْإِنسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَآ أَجَلَنَا ٱلَّذِىٓ أَجَّلْتَ لَنَا ۚ قَالَ ٱلنَّارُ مَثْوَىٰكُمْ خَـٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ
Wa-yawma yaḥ-shuruhum jameeʻaa: yaa-maʻsharal jinni q̣adis taks̤artum minal ʹiñs. Wa-q̣aala ʹawliyaaaʹuhum minal ʹiñsi Rabbanas tamtaʻa baʻḍunaa bibaʻḍiñw wabalag̣naaa ʹajalanal laẓeee ʹajjalta lanaa: q̣aalan Naaru mas̤waakum khaalideena feehaaa ʹillaa maa- shaaa ʹallaah. ʹInna Rabbaka Ḥakeemun ʻAleem.
އަދި އެކަލާނގެ އެންމެން محشر ކުރައްވާދުވަހު (مشرك ންނާއި އެމީހުން އަޅުކަންކުރި ބުދުތަކާއި އަދި شيطان ންނާއި މިހުރިހާތަކެތި އެއްކުރައްވާ محشر ގެ ميدان އަށް ޖަމާކުރައްވާ ދުވަހުން) އެކަލާނގެ وحي ކުރައްވާހުއްޓެވެ. އޭ ޖީންނީންގެ جماعة އެވެ. ހަމަކަށަވަރުން އިންސާނުން މަގުފުރައްދާ އޮޅުވާހެދުން ކަލޭމެން ގިނަކޮށްފީމެވެ. އަދި އިންސާނުންގެތެރެއިން އެމީހުންގެ ސަހަރޯވެރިން ދަންނަވާނެއެވެ. އޭ އަޅަމެންގެ رَبّ އެވެ. އަޅަމެން އަޅަމެންގެ އެއްބަޔަކުގެ ކިބައިން އަނެއްބަޔަކު އަރާމުލިބިގެންފީމެވެ. (ޖިންނީންގެ ކިބައިން އިންސާނުން އަރާމުލިބިގަތުމަކީ ﷲ ފިޔަވައި ޖިންނީންގެކިބައިން ސަލާމަތްކަމާއި އަރާމުލިބިގަތުމަށް އެދުމެވެ. އަދި އިންސާނުންގެ ކިބައިން ޖިންނީން އަރާމުލިބިގަތުމަކީ އިންސާނުން ޖިންނީންނަށް މާތްކޮށްހިތާ ބޮޑުކޮށް މަތިވެރިކުރުމެވެ.) ދެންފަހެ އިންސާނުން ﷲ އަށް ދަންނަވާނެއެވެ. މިއަދު މިތިބީ އިބަރަސްކަލާނގެ އަޅަމެންނަށް ކަނޑައަޅުއްވައިދެއްވި أجل يعني: حياة ގެ މުއްދަތު ނިންމާފައެވެ. އެކަލާނގެ وحي ކުރައްވާނެއެވެ. ކަލޭމެން قائم ވެތިބޭނެތަނަކީ ނަރަކައެވެ. ﷲ އިރާދަކުރެއްވި ވަގުތެއްގައިމެނުވީ އެތާނގައި ދެމިތިބޭގޮތަށެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ އެއީ حكمة ވަންތަ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
129
وَكَذَٰلِكَ نُوَلِّى بَعْضَ ٱلظَّـٰلِمِينَ بَعْضًۢا بِمَا كَانُوا۟ يَكْسِبُونَ
Wa-kaẓaalika nuwallee baʻḍaz̤̣ z̤̣aalimeena baʻḍam bimaa kaanoo yaksiboon.
އަދި އަނިޔާވެރިން އެއްބަޔަކު އެއީ އަނެއްބައެއްގެ ولِىُّ ންކަމުގައި އެބަހީ ސަހަރޯވެރިންކަމުގައި ތިމަންރަސްކަލާނގެ ލެއްވީ އެފަދައިންނެވެ. އެމީހުންކުރާ ކަމުގައިވީ ކަންތައްތަކުގެ ސަބަބުންނެވެ.
-
130
يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَـٰتِى وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَـٰذَا ۚ قَالُوا۟ شَهِدْنَا عَلَىٰٓ أَنفُسِنَا ۖ وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا وَشَهِدُوا۟ عَلَىٰٓ أَنفُسِهِمْ أَنَّهُمْ كَانُوا۟ كَـٰفِرِينَ
Yaa-maʻsharal jinni wal-ʹiñsi ʹalam yaʹtikum rusulum miñkum yaq̣uṣṣoona ʻalaykum ʹAayaatee wa-yuñẓiroonakum liq̣aaaʹa yawmikum haaẓaa? Q̣aaloo shahidnaa ʻalaaa ʹañfusinaa wa-g̣arrat-humul ḥayaatud dunyaa wa-shahidoo ʻalaaa ʹañfusihim ʹannahum kaanoo Kaafireen.
އޭ ޖީންނީންނާއި އިންސާނުންނާއި ދެ جماعة ގެމީހުންނޭވެ. ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެނަށް ކިޔައި އަދި ކަލޭމެން މިދުވަހާއި ބައްދަލުވާނެކަމުގެ إنذار ކުރެއްވުމަށް މިދުވަހުގެ ބިރުވެރިކަމުގެ خبر ދެއްވުމަށް ކަލޭމެންގެގާތަށް ތިމަންރަސްކަލާނގެ رسول ން ވަޑައިނުގަންނަވައިހެއްޔެވެ؟ އެމީހުން ދަންނަވާނެއެވެ. އަޅަމެން ތިޔަކަންތަކުގެމައްޗަށް އަޅަމެންގެ نفس ތަކަށް ހެކިވެއްޖައީމެވެ. (رسول ން ވަޑައިގެން إنذار ކުރެއްވިއެވެ.) ފަހެ އެމީހުންނަށް ދުނިޔޭގެ حياة ހެއްލުންތެރިކުރުވީއެވެ. (އޭގެ އޮއިވަރުގައިޖެހި ޕްރޮޖެކްޓްތަކުގައި مَشْغُول ވެ ކާފަރުންގެ ޕްރޮގްރާމްތައް ހިންގުމުގައި އަދި މާއްދީ އެކި ކަންކަމުގައި ހެއްލުންތެރިވެ آخرة ހަނދާންނެތުނީއެވެ.) ހަމަކަށަވަރުން އެމީހުންވީ ކާފަރުންކަމުގައެވެ.
-
131
ذَٰلِكَ أَن لَّمْ يَكُن رَّبُّكَ مُهْلِكَ ٱلْقُرَىٰ بِظُلْمٍ وَأَهْلُهَا غَـٰفِلُونَ
Ẓaalika ʹal lam yakur Rabbuka muhlikal q̣uraa biz̤̣ulmiñw waʹahluhaa g̣aafiloon.
އެގޮތަކީ (އެބަހީ ﷲ رسولُ ން ފޮނުއްވައި މީސްތަކުންނަށް ހެޔޮނުބައި އަންގަވައިދެއްވަނީ) ކަލޭގެފާނުގެ رَبّ އެއީ މީސްތަކުން غافل ވެގެންވާ حال ރަށްރަށް ހަލާކުކުރައްވާކަލަކުކަމުގައި ނުވާތީއެވެ.
-
132
وَلِكُلٍّ دَرَجَـٰتٌ مِّمَّا عَمِلُوا۟ ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا يَعْمَلُونَ
Wa-likulliñ darajaatum mimmaa ʻamiloo: wa-maa Rabbuka big̣aafilin ʻammaa yaʻmaloon.
އަދި ކޮންމެ މީހަކަށްވެސް އަދި ކޮންމެބަޔަކަށްވެސް (ހެޔޮ عمل ކުރިޔަސް ނުވަތަ ނުބައި عمل ކުރިޔަސް) ދަރަޖަތަކެއްވެއެވެ. (އެ عمل ތަކަށް އެކަލާނގެ جزاء ދެއްވާހުއްޓެވެ.) އަދި އެމީސްތަކުން ކުރަމުންދާ عمل ތަކުން ކަލޭގެފާނުންގެ رَبّ غافل ވެވޮޑިގެން ނުވެއެވެ.
-
133
وَرَبُّكَ ٱلْغَنِىُّ ذُو ٱلرَّحْمَةِ ۚ إِن يَشَأْ يُذْهِبْكُمْ وَيَسْتَخْلِفْ مِنۢ بَعْدِكُم مَّا يَشَآءُ كَمَآ أَنشَأَكُم مِّن ذُرِّيَّةِ قَوْمٍ ءَاخَرِينَ
Wa-Rabbukal G̣aniyyu Ẓur Raḥmah: ʹiñy yashaʹ yuẓ-hibkum wa-yastakhlif mim baʻdikum maa yashaaʹu kamaaa ʹañshaʹakum miñ ẓurriyyati q̣awmin ʹaakhareen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ އެއީ ހުރިހާގޮތަކުން އަމިއްލަޒާތުފުޅާއިގެން ފުދިވޮޑިގެންވާ رحمة ގެވެރިކަލާނގެއެވެ. އެކަލާނގެ އެދިވޮޑިގަންނަވާނަމަ ކަލޭމެން ގެންދަވާ ނެތިކުރައްވާ ކަލޭމެނަށްފަހު އެހެންބަޔަކު އެކަލާނގެ ގެންނަވައިފީހެވެ. އެއީ ކަލޭމެންވެސް އައިސްފައިވަނީ އެހެންބައެއްގެ ދަރިފަސްކޮޅުންނެވެ. އެހެންބަޔަކު ނެތިވެދިއުމަށްފަހުގައެވެ.
-
134
إِنَّ مَا تُوعَدُونَ لَـَٔاتٍ ۖ وَمَآ أَنتُم بِمُعْجِزِينَ
ʹInna maa- tooʻadoona laʹaatiñw wamaaa ʹañtum̃ bimuʻjizeen.
(އޭ މިތިބަ ބުދަށް އަޅުކަންކުރާ މީހުންނޭވެ! ﷲ އަށް شريك ކުރާ مشرك ންނޭވެ!) ހަމަކަށަވަރުން ކަލޭމެންނަށް އަންނާނެކަމަށް وعد ވެވިގެންވާ އެތި يعني: عذاب ކަނޑައެޅިގެން އަންނަހުއްޓެވެ. އަދި އެ عذاب އަޔަނުދީ ﷲ ނުކުޅައްދައިލެވޭނޭ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ.
-
135
قُلْ يَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَامِلٌ ۖ فَسَوْفَ تَعْلَمُونَ مَن تَكُونُ لَهُۥ عَـٰقِبَةُ ٱلدَّارِ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ
Q̣ul yaa-q̣awmiʻ maloo ʻalaa makaanatikum ʹinnee ʻaamil: fasawfa taʻlamoona mañ takoonu lahoo ʻAaq̣ibatud daar: ʹinnahoo laa- yufliḥuz̤̣ z̤̣aalimoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭ އަހުރެންގެ قوم އެވެ. ކަލޭމެންގެ ތަނުގައި ކަލޭމެންކުރާގޮތަކަށް عمل ކުރަމުން ގެންދާށެވެ! އަދި ތިމަންކަލޭގެފާނުވެސް عمل ކުރާނަމެވެ. ދެންފަހެ ފަހުކޮޅު ރަނގަޅުވެގެންވަނީ ކޮންބަޔަކަށްކަން ނިކަންހުރެ ކަލޭމެނަށް އެނގިދާނެއެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ކާމިޔާބު ނުވާނެއެވެ.
-
136
وَجَعَلُوا۟ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلْأَنْعَـٰمِ نَصِيبًا فَقَالُوا۟ هَـٰذَا لِلَّهِ بِزَعْمِهِمْ وَهَـٰذَا لِشُرَكَآئِنَا ۖ فَمَا كَانَ لِشُرَكَآئِهِمْ فَلَا يَصِلُ إِلَى ٱللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ ۗ سَآءَ مَا يَحْكُمُونَ
Wa-jaʻaloo lillaahi mimmaa ẓaraʹa minal ḥars̤i walanʻaami naṣeebañ faq̣aaloo haaẓaa lillaahi bizaʻmihim wa-haaẓaa lishurakaaaʹinaa! Famaa kaana lishurakaaaʹihim falaa yaṣilu ʹilal laah; wamaa kaana lillaahi fahuwa yaṣilu ʹilaa shurakaaʹihim! Saaaʹa maa- yaḥkumoon!
އަދި ދަނޑުތަކުގައި ﷲ ހައްދަވާފައިވާ ތަކެތީންނާއި އަދި نَعَم ސޫފީގެ ތެރެއިން ބައެއް އެމީހުން ﷲ އަށް خاصّ ކުރިއެވެ. ފަހެ އެމީހުން ބުންޏެވެ. މިބައި މިއީ ﷲ އަށެވެ. އަދި މިބައި މިއީ އަހުރެމެންގެ شَرِيْكُ ންނަށްށެވެ. މިއީ އެމީހުން ހީކުރާގޮތެވެ. އަދި އެމީހުންގެ شَرِيْكُ ންނަށް يعني ބުދުތަކަށް ވާބައިން ﷲ އަށް އެއްޗެއް ނުފޯރާނެއެވެ. ﷲ ގެނަމުގައި ހޭދަކޮށްގެން ނުވާނެއެވެ. އަދި ﷲ އަށް خاصّ ވެގެންވާބައިން އެމީހުންގެ شريكُ ންތަކަށް ފޯރާނެއެވެ. އެމީހުން އެ حكم ކުރާގޮތް ނުބައިވެގެންވެއެވެ. • ދަންނައެވެ. އިސްލާމްދީން އައުމުގެކުރިން مشرك ންގެމީހުން އެމީހުންގެ ދަނޑުތަކުން ނުކުންނަ ތަކެތީންނާއި އަދި نعم ސޫފީގެތެރެއިން ބައެއް ﷲ ގެނަމުގައި ބަހައްޓައެވެ. އަދި އެމީހުންގެ ބުދުތަކާއި شيطان ންނަށް ބައެއްބަހައްޓައެވެ. އެތަކެތި ހުންނަނީ ބުދުތައް ބަލަހައްޓާ މީހުންނަށެވެ. سَدَنَة ންނަށެވެ. ދެންފަހެ އެމީހުންގެ شريك ންގެބައިން خرد ކޮށް ހުސްވެއްޖެއްޔާ ނުވަތަ އެއިން އެއްޗެއް ކޮންމެވެސްގޮތަކުން މަދުވެއްޖެއްޔާ ﷲ އަށް އެޅިބައިން ނަގައި އެތަން ފުރިހަމަކުރެއެވެ. އަދި ބުނެއެވެ. ﷲ އަށް ބޭނުންވެވޮޑިނުގަންނަވާނެއެވެ. އެކަލާނގެއީ ފުދިވޮޑިގެންވާ ކަލާނގެއެވެ. އަދި ﷲ އަށް خاصّ ކުރިބައިން صدقة ދީގެންނަމަވެސް ނުވަތަ އެއްޗެއް ވެއްޓިގެންނަމަވެސް އެއިން މަދުވެއްޖެއްޔާވެސް އެމީހުންގެ شريك ންގެބައިން ﷲ ގެ ބަޔަކަށް އެއްޗެއް އިތުރު ނުކުރެވޭނެއެވެ. މިއީ ހައްތާވެސް އެމީހުންގެ خيال ން އެމީހުން ކޮށްގެންއުޅޭ ކަންކަމެވެ. ﷲ ގެ އެއްވެސް އެންގެވުމެއް އޮވެގެންނޫނެވެ. މިވާހަކަތައް ގިނަ ރިވާޔަތްތަކުން طَبَرى ގެ تفسير ގައިވެއެވެ. މިތާމިވަނީ އޭގެ خلاصة އެވެ. والله أعلم.
-
137
وَكَذَٰلِكَ زَيَّنَ لِكَثِيرٍ مِّنَ ٱلْمُشْرِكِينَ قَتْلَ أَوْلَـٰدِهِمْ شُرَكَآؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا۟ عَلَيْهِمْ دِينَهُمْ ۖ وَلَوْ شَآءَ ٱللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ
Wa-kaẓaalika zayyana likas̤eerim minal mushrikeena q̣atla ʹawlaadihim shurakaaaʹuhum liyurdoohum wa-liyalbisoo ʻalayhim deenahum. Wa-law shaaaʹal laahu maa- faʻaloohu faẓarhum wa-maa yaftaroon.
އަދި އެމީހުންގެ ދަނޑުންނާއި ޖަނަވާރުތަކުން މިގޮތަށް ބައިއަޅައިގެން ބެހުން ޒީނަތްތެރިކޮށްދިން ފަދައިން مشرك ންގެ ގިނަމީހުންތަކަކަށް އެމީހުންގެ ދަރިން މަރާ ހެދުމަށްވެސް އެމީހުންގެ شريك ންތައް އެމީހުންނަށް ޒީނަތްތެރިކޮށްދިނެވެ. އެއީ އެމީހުން ހަލާކުގެތެރެއަށް ވައްޓައިލުމަށާއި އަދި އެމީހުންގެ ދީން އެމީހުންގެމައްޗަށް އޮޅުވާ ގަޑުބަޑު ކުރުމަށެވެ. އަދި ﷲ އެދިވޮޑިގެންނެވިނަމަ އެމީހުން އެކަން ނުކުރީހެވެ. (އޭ رسول ﷲ އެވެ!) ފަހެ އެމީހުންނާއި އެމީހުން އަޅުކަންކުރާ ތަކެތި ކަލޭގެފާނު ދޫކޮށްލައްވާށެވެ.
-
138
وَقَالُوا۟ هَـٰذِهِۦٓ أَنْعَـٰمٌ وَحَرْثٌ حِجْرٌ لَّا يَطْعَمُهَآ إِلَّا مَن نَّشَآءُ بِزَعْمِهِمْ وَأَنْعَـٰمٌ حُرِّمَتْ ظُهُورُهَا وَأَنْعَـٰمٌ لَّا يَذْكُرُونَ ٱسْمَ ٱللَّهِ عَلَيْهَا ٱفْتِرَآءً عَلَيْهِ ۚ سَيَجْزِيهِم بِمَا كَانُوا۟ يَفْتَرُونَ
Wa-q̣aaloo haaẓiheee ʹanʻaamuñw waḥarsun ḥijr. Laa yaṭʻamuhaaa ʹillaa man nashaaaʹu bizaʻmihim wa-ʹanʻaamun ḥurrimat z̤̣uhooruhaa wa-ʹanʻaamul laa yaẓkuroonas mal laahi ʻalayhaf tiraaaʹan ʻalayh: Sayajzeehim̃ bimaa kaanoo yaftaroon.
އަދި އެ مشرك ން ބުންޏެވެ. މި نعم ސޫފިތަކާއި އަދި މިދަނޑުތައްމިވަނީ އަހުރެމެން އެދޭބަޔަކަށް މެނުވީ حرام ވެގެންނެވެ. މަނާވެގެންނެވެ. އެއީ އެމީހުންގެ ނިޔާއެވެ. އެމީހުން ހީކުރާގޮތެވެ. (އެއީ ބުދުބަލަހައްޓާމީހުނަށް ހުރިތަކެއްޗެވެ. އެއީ ވަކިބައެކެވެ.) އަދި ބައެއް نعم ސޫފި މިވަނީ އެތަކެތީގެ ބުރިކަށިތައް حرام ވެގެންނެވެ. (އެތަކެއްޗަށް ސަވާރުވެ އޭގެމަތީ ބަރުއުފުލާހެދުން އެމީހުން ހިތުން حرام އެވެ. އަދި އަނެއްބައި نعم ސޫފި އެއަށް ﷲ ގެނަންފުޅުގަތުމެއް ނުވެއެވެ. (އެއީ ބުދަށް ކަތިލެވޭ ތަކެއްޗެވެ.) ނުވަތަ އޭގެމަތީ حجّ އަށް ދިއުމެއްވެސް ނުވެއެވެ. (މިހުރިހާ ކަމަކާއި ނަންތަކަކީ ހަމަ އެމީހުންގެ جاهل ކަމުން އެމީހުންގެ خيال އަށް ކުރިކަންކަމެވެ.) އެއީ ﷲ ގެ ރަސްކަންފުޅަށް ދޮގުހަދަންވެގެންނެވެ. (އެހެނީ އެކަލާނގެ މިއިން އެއްވެސް حكم އެއް ކުރެއްވީއެއްނޫނެވެ.) އެމީހުން އެދޮގުކުރާ ކަންތައްތަކަށް ނިކަންހުރެ އެކަލާނގެ އެމީހުންނަށް جزاء ދެއްވާނެތެވެ.
-
139
وَقَالُوا۟ مَا فِى بُطُونِ هَـٰذِهِ ٱلْأَنْعَـٰمِ خَالِصَةٌ لِّذُكُورِنَا وَمُحَرَّمٌ عَلَىٰٓ أَزْوَٰجِنَا ۖ وَإِن يَكُن مَّيْتَةً فَهُمْ فِيهِ شُرَكَآءُ ۚ سَيَجْزِيهِمْ وَصْفَهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌ
Waq̣aaloo maa- fee buṭooni haaẓihil ʹanʻaami khaaliṣatul liẓukoorinaa wa-muḥarramun ʻalaaa ʹazwaajinaa; wa-ʹiñy yakum maytatañ fahum feehi shurakaaaʹ. Sayajzeehim waṣfahum: ʹinnahoo Ḥakeemun ʻAleem.
އަދި އެމީހުން يعني: مشرك ން ބުންޏެވެ. މި نعم ސޫފީގެ ބަނޑުގައިވާތަކެތި އެއީ އަހުރެމެންގެ ފިރިހެނުންނަށް خاصّ ވެގެންވާ އެއްޗެކެވެ. އަދި އަހުރެމެންގެ އަނބީންނަށް حرام ވެގެންވެއެވެ. (ބަނޑުގައިވާތަކެތީގެ މުރާދަކީ ކިރާއި ދެން ބަނޑުއޮތް ދަރިއެވެ. ދެންވެސް ކެއުމަށް ބޭނުންކުރެވޭ ތަކެއްޗެވެ. މިއީ جاهلية ޒަމާނުގައި مشرك ން އެމީހުންގެ ބުދުތަކާއި ދެންވެސް طاغُوت އަށް ކަނޑައަޅާފައިވާ ޖަމަލުގެ ވައްތަރެކެވެ. އޭގެ ކިރުފެލުން އެހެންމީހުންނަށް ހުއްދަނުވާނެއެވެ. އެއީ بَحِيْرَة އޭ ކިޔާ ވައްތަރެވެ. އޭތި ފާހަގަކުރުމަށް ކަންފަތްހުންނާނީ ތޮރުފާފައެވެ.) ދެންފަހެ އޭގެބަނޑުގައި އޮތްދަރި މަރުވެފައިވާނަމަ އޭގައި އަންހެނުންވެސް شريك ވާނެއެވެ. ބައިވެރިވާނެއެވެ. ނިކަންހުރެ އެމީހުންގެ އެދޮގު ސިފަކުރުންތަކަށް ﷲ ޖަޒާދެއްވާނެއެވެ.
-
140
قَدْ خَسِرَ ٱلَّذِينَ قَتَلُوٓا۟ أَوْلَـٰدَهُمْ سَفَهًۢا بِغَيْرِ عِلْمٍ وَحَرَّمُوا۟ مَا رَزَقَهُمُ ٱللَّهُ ٱفْتِرَآءً عَلَى ٱللَّهِ ۚ قَدْ ضَلُّوا۟ وَمَا كَانُوا۟ مُهْتَدِينَ
Q̣ad khasiral laẓeena q̣atalooo ʹawlaadahum safaham big̣ayri ʻilmiñw waḥarramoo maa- razaq̣ahumul laahuf tiraaʹan ʻalal laah. Q̣ad ḍalloo wa-maa kaanoo muhtadeen.
އެއްވެސް އެނގުމެއް علم އެއްނެތި جاهل ކަމާއި މޮޔަކަމުގެސަބަބުން ތިމާމެންގެ ދަރިން ތިމާމެން މަރައި އަދި އެމީހުންނަށް ﷲ ދެއްވި حلال ރިޒުގު، ﷲ އަށް ދޮގުހެދުމުގެ ގޮތުން حرام ކޮށްހެދިމީހުން ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ. (އެމީހުން ﷲ ދެއްވި ރިޒުގު حرام ކުރުމެއްކަމުގައިވީ އެމީހުން ޖަމަލުގެ ވައްތަރުތަކެއް އެކި ނަންނަމުގައި އެކިމީހުންނަށް حرام ކުރުމެވެ. އަދިވެސް އެބާވަތުގެ ބައެއް ކަންތަކެވެ.) ހަމަކަށަވަރުން އެގޮތުން އެމީހުން މަގުފުރެދުނީއެވެ. އަދި ތެދުމަގުލިބުނުބަޔަކުކަމުގައި އެމީހުން ނުވިއެވެ.
-
141
۞ وَهُوَ ٱلَّذِىٓ أَنشَأَ جَنَّـٰتٍ مَّعْرُوشَـٰتٍ وَغَيْرَ مَعْرُوشَـٰتٍ وَٱلنَّخْلَ وَٱلزَّرْعَ مُخْتَلِفًا أُكُلُهُۥ وَٱلزَّيْتُونَ وَٱلرُّمَّانَ مُتَشَـٰبِهًا وَغَيْرَ مُتَشَـٰبِهٍ ۚ كُلُوا۟ مِن ثَمَرِهِۦٓ إِذَآ أَثْمَرَ وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِۦ ۖ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ
Wa-Huwal laẓeee ʹañshaʹa jannaatim maʻrooshaatiñw wag̣ayra maʻrooshaatiñw wan-nakhla wazzarʻa mukhtalifan ʹukuluhoo wazzaytoona warrummaana mutashaabihañw wag̣ayra mutashaabih: kuloo miñ s̤amariheee ʹiẓaaa ʹas̤mara wa-ʹaatoo ḥaq̣q̣ahoo yawma ḥasaadih. Wa-laa tusrifoo: ʹinnahoo laa- yuḥibbul musrifeen.
ދަނޑިޔާ މުޑިފަދަތަކެތީން މޭބިސްކަދުރު ވެޔޮގަނޑުފަދަ ވެޔޮތައް އުފުލާފައިވާ ބަގީޗާތަކާއި އަދި އެގޮތަށް ވެޔޮ އުފުލާފައިނުވާ ބަގީޗާތައްވެސް ހެއްދެވީ ހަމަ އެކަލާނގެއެވެ. އަދި އޭގެ މޭވާއާއި ތަކެތީގެ ރަހަ ތަފާތުވެގެންވާ ކަދުރުރުކާއި އެކިބާވަތުގެ ދަނޑުގޮވާމާއި އަދި ޒައިތޫނިގަހާއި އަންނާރުގަސްވެސް ހެއްދެވީހަމަ އެކަލާނގެއެވެ. އޭގައި ރަހަޔާއި ސިފައިގެގޮތުން އެއްވަރު މޭވާޔާއި ސިފަ ތަފާތުވެފައި ރަހަ އެއްގޮތް އަދި ރަހަތަފާތުވެފައި ސިފައިގާ އެއްގޮތްވެގެންވާތަކެތިވެސްވެއެވެ. މިހުރިހާ ބާވަތެއްގެ މޭވާޔާ ގޮވާމުގެ ވައްތަރުވެއެވެ. އެމޭވާތަކާއި އޮއްޓަރުން ކަލޭމެން ކައިބޮއިހަދާށެވެ! އަދި މޭވާޔާއި ދަނޑުކަނޑާދުވަހު އޭގެ حقّ އަދާކުރާށެވެ! (އެބަހީ: އެއިން ޒަކާތްދޭންޖެހޭ އެއްޗަކުން ޒަކާތްދޭށެވެ! އެއީ ފަސް وَسْقُ ނުވަތަ ތިންސަތޭކަ صَاع ގެ މިންވަރަށް ހުރެއްޖެއްޔާ ޒަކާތަށް ދިހަބައިކުޅައެއްބައި ނުވަތަ ދިހަބައިކުޅަ އެއްބައިގެ ދެބައިކުޅަ އެއްބައެވެ. މީގެ تفصيل فقه ފޮތްތަކުގައި ރަނގަޅަށްވެއެވެ.) އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން إسراف ކުރާމީހުންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.
-
142
وَمِنَ ٱلْأَنْعَـٰمِ حَمُولَةً وَفَرْشًا ۚ كُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
Waminal ʹanʻaami ḥamoolatañw wafarshaa. kuloo mimmaa razaq̣akumul laahu wa-laa tattabiʻoo khuṭuwaatish Shayṭaan: ʹinnahoo lakum ʻaduwwum mubeen.
އަދި نَعَم ސޫފީގެތެރޭގައި ތަކެތި އުފުލާ ބޮޑެތި އެއްޗެއްސާއި، އެއްޗެތި ނުއުފުލާ ކުދި އެއްޗެތިވެއެވެ. (ބަރުއުފުލާ ބޮޑެތިތަކެއްޗަކީ ޖަމަލު، ގެރި ފަދަ ތަކެއްޗެވެ. ކުދިތަކެއްޗަކީ ބަކަރިއެވެ. ފަހެ ﷲ ކަލޭމެނަށް ދެއްވި ރިޒުގުން ކަލޭމެން ކާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކާއި تبع ނުވާށެވެ! (އެބަހީ އެސޮރު އަންގާގޮތަށް ނުހަދާށެވެ!) ހަމަކަށަވަރުން އެއީ ކަލޭމެންނަށް އެސޮރުގެ عداوة ތެރިކަން ބަޔާންވެ ފައުޅުވެގެންވާ عدوّ އެކެވެ.
-
143
ثَمَـٰنِيَةَ أَزْوَٰجٍ ۖ مِّنَ ٱلضَّأْنِ ٱثْنَيْنِ وَمِنَ ٱلْمَعْزِ ٱثْنَيْنِ ۗ قُلْ ءَآلذَّكَرَيْنِ حَرَّمَ أَمِ ٱلْأُنثَيَيْنِ أَمَّا ٱشْتَمَلَتْ عَلَيْهِ أَرْحَامُ ٱلْأُنثَيَيْنِ ۖ نَبِّـُٔونِى بِعِلْمٍ إِن كُنتُمْ صَـٰدِقِينَ
S̤amaaniyata ʹazwaaj: minaḍ ḍaʹnis̤ nayni wa-minal maʻzis̤ nayn. Q̣ul ʹaaaẓẓakarayni ḥarrama ʹamil ʹuñs̤ayayni ʹammash tamalat ʻalayhi ʹarḥaamul ʹuñs̤ayayn? Nabbiʹoonee biʻilmin ʹiñ kuñtum Ṣaadiq̣een:
ދެންފަހެ (މި ބަރުއުފުލާ ޖަނަވާރާއި ކުދި ޖަނަވާރުގެ) އަށް ބާވަތެއް އެކަލާނގެ ހެއްދެވިއެވެ. އެއީ ضَأن ބަކަރީގެ ދެއެއްޗެވެ. (އަންހެން އެއްޗާއި ފިރިހެން އެއްޗެވެ. ކޮންމެ އެއްޗަކީ زوج އެކެވެ. އަންހެން އެއްޗާއި ފިރިހެން އެއްޗާއި ދޭތި އެއީ ދެޖޯޑެވެ. ދެ زوج އެވެ.) އަދި مَعْزُ ބަކަރީގެ ދެއެއްޗެއް އެކަލާނގެ ހެއްދެވިއެވެ. އެއީ زوجين އެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު (އެޖާހިލު مشرك ންނަށް) ވިދާޅުވާށެވެ! ﷲ حرام ކުރެއްވީ މީގެ ދެފިރިހެން އެތިހެއްޔެވެ؟ ނުވަތަ އެކަލާނގެ حرام ކުރެއްވީ ދެއަންހެން އެތިހެއްޔެވެ؟ ނުވަތަ އެކަލާނގެ حرام ކުރެއްވީ ދެއަންހެންއެތީގެ رَحِمُ ގައިވާ އެތިހެއްޔެވެ؟ ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން އެނގިތިބެގެން ތިމަންކަލޭގެފާނަށް ޖަވާބުދީ خبر ދީބަލާށެވެ. އެމީހުން ކޮންމެ ގޮތަކަށް ޖަވާބުދިނަސް އެމީހުންގެ ބަސް ދޮގުވާނެއެވެ. ﷲ حرام ނުކުރައްވައޭ ބުނެފިނަމަ އޭގެތެރެއިން ބައެއްތަކެތި ބައެއްމީހުނަށް އެމީހުން حرام ކަމުގައި ނިންމީ ކީއްވެތޯ އެހޭނެއެވެ. އަދި ﷲ حرام ކުރެއްވިއްޔޭ ބުނެފިނަމަ އެމީހުން އެތަކެތީން ކައިހަދަނީ ކީއްވެތޯ އެހޭނެއެވެ. ދެގޮތުންވެސް އެމީހުންގެ دعوى باطل އެވެ.
-
144
وَمِنَ ٱلْإِبِلِ ٱثْنَيْنِ وَمِنَ ٱلْبَقَرِ ٱثْنَيْنِ ۗ قُلْ ءَآلذَّكَرَيْنِ حَرَّمَ أَمِ ٱلْأُنثَيَيْنِ أَمَّا ٱشْتَمَلَتْ عَلَيْهِ أَرْحَامُ ٱلْأُنثَيَيْنِ ۖ أَمْ كُنتُمْ شُهَدَآءَ إِذْ وَصَّىٰكُمُ ٱللَّهُ بِهَـٰذَا ۚ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا لِّيُضِلَّ ٱلنَّاسَ بِغَيْرِ عِلْمٍ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ
Wa-minal ʹibilis̤ nayni wa-minal baq̣aris̤ nayn. Q̣ul ʹaaaẓẓakarayni ḥarrama ʹamil ʹuñs̤ayayni ʹammash tamalat ʻalayhi ʹarḥaamul ʹuñs̤ayayn? Am kuñtum shuhadaaaʹa iẓ waṣṣaakumul laahu bihaaẓaa? Faman ʹaz̤̣lamu mimmanif taraa ʻalal laahi kaẓibal liyuḍillan naasa big̣ayri ʻilm? ʹInnal laaha laa- yahdil q̣awmaz̤̣ z̤̣aalimeen.
އަދި جمل ގެތެރެއިން ދެއެތި (ފިރިހެން އެއްޗާއި އަންހެންއެތި) އެކަލާނގެ ހެއްދެވިއެވެ. އަދި ގެރީގެތެރެއިންވެސް ދޭތި އެކަލާނގެ ހެއްދެވިއެވެ. ކޮންމެ ވައްތަރަކުން ދެ زوج އެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ حرام ކުރެއްވީ ފިރިހެން ދޭތިހެއްޔެވެ؟ ނުވަތަ އެކަލާނގެ حرام ކުރެއްވީ އަންހެން ދޭތިހެއްޔެވެ؟ ނުވަތަ އެކަލާނގެ حرام ކުރެއްވީ އަންހެންދޭތީގެ رَحِمُ ގައި އެކުލެވިގެންވާ ތަކެތިހެއްޔެވެ؟ އެބަހީ އެތަކެތީގެ ބަނޑުގައި އޮތްދަރިހެއްޔެވެ؟ ނުވަތަ ﷲ އެކަމަށް ކަލޭމެނަށް أمر ކުރައްވާ وصيّة ކުރެއްވިހިނދު ކަލޭމެން އެތާ حاضر ވެ ހެކިވާން ތިބީހެއްޔެވެ؟ (މިއިން އެއްވެސްކަމެއްވީއެއް ނޫނެވެ. ހަމަ ހުސްދޮގެވެ. ފަހެ މީސްތަކުން މަގުފުރެއްދުމަށްޓަކައި ﷲ ގެމައްޗަށް ބޮޑުދޮގެއް ހެދިމީހަކަށްވުރެ ވަކިން އަނިޔާވެރިކަން ބޮޑީކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) ހަމަކަށަވަރުން އަނިޔާވެރިބަޔަކަށް ﷲ ތެދުމަގުނުދައްކަވާހުއްޓެވެ.
-
145
قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُۥٓ إِلَّآ أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُۥ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۚ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ
Q̣ul laaa ʹajidu fee maaa ʹooḥiya ʹilayya muḥarraman ʻalaa ṭaaʻimiñy yatʻamuhooo ʹillaaa ʹañy yakoona maytatan ʹaw damam masfooḥan ʹaw laḥma khiñzeeriñ faʹinnahoo rijsun ʹaw fisq̣an ʹuhilla lig̣ayril laahi bih. Famaniḍ ṭurra g̣ayra baa-g̣iñw walaa ʻaadiñ faʹinna Rabbaka G̣afoorur Raḥeem.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! މުޅަތަކެއްޗާއި އޮހޮރޭ ލެޔާއި އޫރުމަހާއިމެނުވީ (މަސްކެއުން حلال އެއްޗެއްގެ މަސް) ކާމީހެއްގެ މައްޗަށް حَرَام ވެގެންވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ. (ކަލޭމެން مشرك ން އަމިއްލައަށް حرام ކޮށްގެން ތިޔައުޅޭ بَحِيْرَة އާއި سَائِبَة އާއި وصيلة އާއި މިބާވަތް ބާވަތުގެ ނަންތައް ކިޔައިގެން ތިޔައުޅޭ އެއްވެސް އެއްޗެއް) ތިމަންކަލޭގެފާނަށް ބާވައިލެއްވޭ وحي ގެތެރޭގައި حرام ވެގެންވަނިކޮށް ތިމަންކަލޭގެފާނު ނުދެކެމެވެ. ފަހެ އެތަކެއްޗަކީ އެބަހީ މުޅަތަކެއްޗާއި އޮހޮރޭ ލެޔާއި އޫރުމަހަކީ ހަމަ رِجْسُ އެވެ. ނަޖިހެވެ. އަދި ﷲ ގެ ނަންފުޅު ނުގަނެވި ބުދަކަށް ނުވަތަ އެހެން ކޮންމެވެސް ފަރާތަކަށް ކަތިލެވިފައިވާ ތަކެތިވެސް حرام އެވެ. ދެންފަހެ (ކާނެއެއްޗެއް ނެތި) مَجْبُورُ ވެއްޖެމީހާ އެތަކެތީން އެބަހީ ﷲ حرام ކުރެއްވި ތަކެތީން ކިރިޔާ ފުދޭވަރަށް ބޭނުންކޮށްލިޔަސް މައްސަލައެއްނެތެވެ. ހުއްދައެވެ. މަޖާކުރަން ހައްދުފަހަނަޅާވަރަށް ގިނައިން ކެއުމަކާއި ނުލައެވެ. (އެފަދަ މިންވަރު އޭނާގެ ކިބައިން ﷲ عفوء ކުރެއްވުން أمّيد ކުރެވެއެވެ.) އެހެނީ ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
146
وَعَلَى ٱلَّذِينَ هَادُوا۟ حَرَّمْنَا كُلَّ ذِى ظُفُرٍ ۖ وَمِنَ ٱلْبَقَرِ وَٱلْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَآ إِلَّا مَا حَمَلَتْ ظُهُورُهُمَآ أَوِ ٱلْحَوَايَآ أَوْ مَا ٱخْتَلَطَ بِعَظْمٍ ۚ ذَٰلِكَ جَزَيْنَـٰهُم بِبَغْيِهِمْ ۖ وَإِنَّا لَصَـٰدِقُونَ
Wa-ʻalal laẓeena haadoo ḥarramnaa kulla ẓee Z̤̣ufur. Wa-minal baq̣ari walg̣anami ḥarramnaa ʻalayhim shuḥoomahumaaa ʹillaa maa- ḥamalat z̤̣uhooruhumaaa ʹawil ḥawaayaaa ʹaw makh talaṭa biʻaz̤̣m. Ẓaalika jazaynaahum̃ bibag̣yihim: wa-ʹinnaa la-Ṣaadiq̣oon.
އަދި ނިޔަފަތިހުރި ކޮންމެއެއްޗެއް ތިމަންރަސްކަލާނގެ يهودي ންގެމައްޗަށް حرام ކުރެއްވީމެވެ. (އެއިން މުރާދުކުރެވެނީ جمل އާއި نَعَامَة ދޫނި يعني ގިނިކާމާދޫނިކަމުގައި مفسّر ން ވިދާޅުވެއެވެ.) އަދި ގެރިބަކަރީގެތެރެއިންވެސް އެތަކެތީގެ ބުރިކަށީގައްޔާއި ގޮހޮރުގަނޑުގައްޔާއި އަދި ކަށްޓާއި އެކުވެފައިވާ ސަރުބީމެނުވީ ސަރުބީވެސް ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް حرام ކުރެއްވީމެވެ. އެ جزاء އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވީ އެމީހުންގެ ދެކޮޅުވެރިކަމާއި ނުކިޔަމަންތެރިކަމުންނެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ މިދޭ خبر ތަކުގައި ތެދުވެރިވެވޮޑިގެންވާ ކަލަކީމެވެ.
-
147
فَإِن كَذَّبُوكَ فَقُل رَّبُّكُمْ ذُو رَحْمَةٍ وَٰسِعَةٍ وَلَا يُرَدُّ بَأْسُهُۥ عَنِ ٱلْقَوْمِ ٱلْمُجْرِمِينَ
Faʹiñ kaẓẓabooka faq̣ur Rabbukum Ẓoo Raḥmatiñw waasiʻah; wa-laa yuraddu baʹsuhoo ʻanil q̣awmil mujrimeen.
(އޭ رسول الله އެވެ!) އެމީހުން ކަލޭގެފާނު ދޮގުކޮށްފިއްޔާވެސް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ رب އެއީ ތަނަވަސް رحمة ގެ ވެރި ކަލާނގެއެވެ. އަދި އެކަމަކު އެކަލާނގެ ކޯފާއާއި عَذَاب ނުބައި مجرم ކުށްވެރިންގެ ކިބައިން އަނބުރާ ރައްދު ނުކުރެވޭނެއެވެ.
-
148
سَيَقُولُ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَآ أَشْرَكْنَا وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن شَىْءٍ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ حَتَّىٰ ذَاقُوا۟ بَأْسَنَا ۗ قُلْ هَلْ عِندَكُم مِّنْ عِلْمٍ فَتُخْرِجُوهُ لَنَآ ۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ
Sayaq̣oolul laẓeena ʹashrakoo law shaaaʹal laahu maaa ʹashraknaa wa-laaa ʹaabaaaʹunaa wa-laa ḥarramnaa miñ shayʹ. Kaẓaalika kaẓẓabal laẓeena miñ q̣ablihim ḥattaa ẓaaq̣oo baʹsanaa. Q̣ul hal ʹiñdakum min ʻilmiñ fatukhrijoohu lanaa? ʹIñ tattabiʻoona ʹillaz̤̣ z̤̣anna wa-ʹin ʹañtum ʹillaa takhruṣoon.
(އަދި) شريك ކުރިމީހުން ނިކަންހުރެ ބުނާނެއެވެ. ﷲ އެދިވޮޑިގެންނެވިނަމަ އަހުރެމެންވެސް އަދި އަހުރެމެންގެ ކާބަފައިންވިޔަސް ﷲ އަށް شريك ނުކުރީހެވެ. އަދި އެއްވެސް އެއްޗެއް حرام ވެސް ނުކުރީހެވެ. (އޭ رسول ﷲ އެވެ!) މި قريش ންގެ ކުރީގެ އިސްވެދިޔަ އެބާވަތުގެ މީހުންވެސް ދޮގުހެދީ އެފަދައިންނެވެ. (އެމީހުން ނުކިޔަމަންތެރިވެ ދޮގުހެދުމުގެ ސަބަބުން) ތިމަންރަސްކަލާނގެ ކޯފާ އެބަހީ عذاب އެމީހުންނަށް އަތުވެއްޖައުމަށްދާންދެނެވެ. ކަލޭގެފާނު ނިކަން ވިދާޅުވެ ބައްލަވާށެވެ! (ކަލޭމެން ތިޔަ شريك ކުރާކުރުމާއި ތަކެތި حرام ކޮށްހެދުމުގެ) އެއްވެސް دليل އެއް حجّة އެއް ކަލޭމެންގެ އަތުގައި އެބައޮތްހެއްޔެވެ؟ އެހެންވެއްޖެއްޔާއެ دليل އެއް އެ حجّة އެއް ނިކަން އަހުރެމެންނަށް ގެނަސް ދީބަލާށެވެ! ނެރެދީ ބަލާށެވެ! (އެފަދަ دليل އެއް ނޯންނާނެއެވެ.) ކަލޭމެންނީ ހަމަ ހުސް ހީއަކަށް تبع ވާބަޔަކުކަމުގައި މެނުވީނުވެއެވެ. އަދި ހަމަ ލަފާކޮށް ދޮގުހީތައްކުރާބަޔަކުކަމުގައި މެނުވީ ނުވެއެވެ.
-
149
قُلْ فَلِلَّهِ ٱلْحُجَّةُ ٱلْبَـٰلِغَةُ ۖ فَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ
Q̣ul falillaahil Ḥujjatul baalig̣ah: falaw shaaaʹa lahadaakum ʹajmaʻeen.
ކަލޭގެފާނު ވިދާޅުވާށެވެ! ބޭނުންވާ މުރާދަށް ފޯރާވަރުގެ ތެދު دليل ވަނީ ހަމަ ﷲ ގެ حضرة ގައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވިނަމަ ކަލޭމެން އެންމެންނަށް އެކަލާނގެ ތެދުމަގު ދައްކަވައިފީހެވެ. (ތެދުމަގަށް واصل ވުމުގެ توفيق އެކަލާނގެ ދެއްވައިފީހެވެ.)
-
150
قُلْ هَلُمَّ شُهَدَآءَكُمُ ٱلَّذِينَ يَشْهَدُونَ أَنَّ ٱللَّهَ حَرَّمَ هَـٰذَا ۖ فَإِن شَهِدُوا۟ فَلَا تَشْهَدْ مَعَهُمْ ۚ وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَهُم بِرَبِّهِمْ يَعْدِلُونَ
Q̣ul halumma shuhadaaaʹakumul laẓeena yashhadoona ʹannal laaha ḥarrama haaẓaa. Faʹiñ shahidoo falaa tashhad maʻahum. Wa-laa tattabiʻ ʹahwaaaʹal laẓeena kaẓẓaboo biʹAayatinaa wallaẓeena laa- yuʹminoona bil-ʹAakhirati wa-hum̃ bi-Rabbihim yaʻdiloon.
ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެން ތިޔަ حرام ކަމުގައި ތިޔަ ހަމަޖައްސާތަކެތި) އެތަކެތި حرام ކުރެއްވީ ﷲ ކަމުގައި ތިޔަބުނާ ބުނުމުގެމައްޗަށް ހެކިދޭނޭ ހެކިވެރިންތަކެއް ގެނައުމަށް ކަލޭމެން އަވަސްވެގަންނާށެވެ! ދެންފަހެ އެމީހުންއައިސް ހެކިދިނަސް ކަލޭގެފާނު އެމީހުންނާއިއެކު އެކަމުގެމައްޗަށް ހެކިނުދެއްވާށެވެ! އަދި (އެމީހުންގެ هوى نفس އާއި އެބަހީ އެމީހުންގެ އަމިއްލައެދުމާއި ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ!) ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރާ މީހުންގެ އަމިއްލައެދުމާ ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި އެމީހުން އެމީހުން ގެ ربّ އާއި އެހެނިހެން ތަކެއްޗާއި شريك ކުރާ حال آخرة ދުވަހަށް އީމާންނުވާ މީހުންގެ އަމިއްލައެދުމާވެސް تبع ވެވަޑައިނުގަންނަވާށެވެ!
-
151
۞ قُلْ تَعَالَوْا۟ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا ۖ وَلَا تَقْتُلُوٓا۟ أَوْلَـٰدَكُم مِّنْ إِمْلَـٰقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا۟ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَعْقِلُونَ
Q̣ul taʻaalaw ʹatlu maa- ḥarrama Rabbukum ʻalaykum ʹallaa tushrikoo bihee shayʹañw wabilwaalidayni ʹiḥsaanaa; wa-laa taq̣tulooo ʹawlaadakum min ʹimlaaq̣. Naḥnu narzuq̣ukum wa-ʹiyyaahum; wa-laa taq̣rabul fawaaḥisha maa- z̤̣ahara minhaa wa-maa baṭan. Wa-laa taq̣tulun nafsal latee ḥarramal laahu ʹillaa bilhaq̣q̣: ẓaalikum waṣṣaakum̃ bihee laʻallakum taʻq̣iloon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަންނާށެވެ! އެބަހީ މިތިބަ ބުދަށް އަޅުކަންކުރާ އަދި ގެރިބަކަރި جمل ގެތެރެއިން ބައެއްތަކެތި ﷲ حرام ކުރެއްވިކަމަށް ބުނާމީހުންނޭވެ! ކަލޭމެން އަންނާށެވެ! ކަލޭމެންގެ رَبّ ކަލޭމެނަށް حرام ކުރެއްވި ކަންތައް އަހުރެން ކަލޭމެންނަށް ކިޔައިދެއްވާހުށީ މެވެ. އެއީ (1) ކަލޭމެން އެކައްޗަކާއިވެސް ﷲ އާއި شريك ނުކުރާށެވެ! (އެއީ حرام ކަމެކެވެ.) (2) އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތައި إحسان ތެރިވާށެވެ! (މައިންބަފައިންނަށް ނުބައިކޮށް ހިތުން حرام ވެގެންވެއެވެ.) (3) ދަރިންނަށް ކާންދޭން ނުލިބި ކަލޭމެން فقير ވެދާނެތީ ކަލޭމެން ކަލޭމެންގެ ދަރިން ނުމަރާށެވެ! (ދަރިން މެރުމަކީ حرام ކަމެކެވެ.) ކަނޑައެޅިގެން ކަލޭމެންނަށާއި އަދި އެކުދިންނަށް ތިމަންރަސްކަލާނގެ رِزْق ދެއްވާހުށީމެވެ. (4) އަދި فاحش ކަންތަކާއި ކަލޭމެން ގާތްނުވާށެވެ! (އެއީ حرام ކަމެކެވެ.) އޭގެތެރެއިން ބޭރަށް ފައުޅުވާ ކަންތަކާއި އަދި ފައުޅުނުވެ ވަންހަނާވެގެންވާ ކަންތަކާއެވެ. (ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ސިއްރުން ޒިނޭކުރުމާއި ފައުޅުގައި إعلان ކޮށްގެން ޒިނޭކުރުންކަމަށެ ވެ.) އަދި އެހެންގޮތްގޮތަށްވެސް ކިޔާފައިވެއެވެ. والله أعلم بالصّواب (5) އަދި ﷲ ޙަރާމް ކުރެއްވި އެއްވެސް ނަފްސެއް ޙައްޤަކާއި ލައިގެން މެނުވީ ކަލޭމެން ނުމަރާށެވެ! (ޙައްޤަކާއި ލައިގެން މެރުމަކީ މަރަށް މަރު ހިފުން ފަދަ ކަންކަމުގައި މެރުމެވެ.) ﷲ ކަލޭމެންނަށް އަމުރުކުރަށްވާ އަންގަވަނީ އެފަދައިންނެވެ. އެއީ ކަލޭމެން ބުއްދިކޮށް ފިކުރުކުރޭތޯއެވެ.
-
152
وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۖ وَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ بِٱلْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَإِذَا قُلْتُمْ فَٱعْدِلُوا۟ وَلَوْ كَانَ ذَا قُرْبَىٰ ۖ وَبِعَهْدِ ٱللَّهِ أَوْفُوا۟ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَذَكَّرُونَ
Wa-laa taq̣raboo maalal yateemi ʹillaa billatee hiya ʹaḥsanu ḥattaa yablug̣a ʹashuddah. Wa-ʹawful kayla wal-meezaana bilq̣isṭ. Laa- nukallifu nafsan ʹillaa wusʻahaa;― wa-ʹiẓaa q̣ultum faʻdiloo wa-law kaana ẓaa q̣urbaa: wa-biʻAhdil laahi ʹawfoo: ẓaalikum waṣṣaakum̃ bihee laʻallakum taẓakkaroon.
އަދި (6) يتيم ންގެ މުދަލާއި ކަލޭމެން ގާތްނުވާށެވެ! އެންމެ ރަނގަޅުގޮތަށް މެނުވީއެވެ. (ރަނގަޅުގޮތެއްގެ މަތީން އެމުދަލާއި ގާތްވުމަކީ އެމުދާ ބަލަހައްޓާ ދިރުވުމަށް މަސައްކަތްކުރުމެވެ. އަދި ބަލަހައްޓާ މީހާއަކީ މުއްސަންޖެއްނަމަ އެމުދަލުން ބޭނުން ނުކުރުމެވެ. فقير އެއްނަމަ އޭނާގެ މަސައްކަތުގެ އުޖޫރައަކަށް ކިރިޔާވާވަރުގެ މަދުއެތިކޮޅެއްނޫނީ ބޭނުން ނުކުރުމެވެ. އެހެން އެއްވެސްގޮތަކުން އެމުދަލާއި ގާތްނުވުމެވެ.) އެއީ އެކުއްޖާ بالغ ވެ ތަންދޮރު އެނގޭހިސާބަށް ދާންދެނެވެ. (7) އަދި މިނެކިރަންޏާ عدل ވެރިގޮތަށް ފުރިހަމަކޮށް ބަރާބަރުކުރާށެވެ! (އެޔާއި އިދިކޮޅުވުމަކީ حرام ކަމެކެވެ.) އަދި އެއްވެސް نفس އަކަށް ނުއުފުލޭވަރުގެ تكليف އެއް ތިމަންރަސްކަލާނގެ ނުޖައްސަވަމެވެ. (މި عبارة ގެ މާނަކަމުގައި مفسّر ން ވިދާޅުވަނީ މިނެކިރުމުގައި ތިމާއަށް ބެލެންހުރިވަރަކަށް ބަލައިސީދާކޮށް ހެދުމަށްފަހު ދެން އެއިން އުނިވުމެއް ފެނުނަސް އެކަމެއް عفو ވެދާނެކަމަށެވެ. ބޭ إختيار ން ހިނގިކަމެއް ކަމުގައިވަންޏާއެވެ.) (8) ތިމާގެ ގާތްމީހަކަށް ބުނަންޖެހުނު ބަހެއްނަމަވެސް ބަހެއް ބުނަންޏާ އަދިحكم އެއްކުރަންޏާ عدل ވެރިވާށެވެ! (9) އަދި ﷲ ގެ عهد ކަލޭމެން ފުއްދާށެވެ! (މިކަންކަމާ خلاف ވުމަކީ حرام ކަންކަމެވެ.) އެކަލާނގެ ކަލޭމެނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން ذِكر ކޮށް وعظ އާއި نصيحة ލިބިގަނޭތޯއެވެ.
-
153
وَأَنَّ هَـٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ
Wa-ʹanna haaẓaa Ṣiraaṭee Mustaq̣eemañ fattabiʻooh: wa-laa tattabiʻus subula fatafarraq̣a bikum ʻañ sabeelih: ẓaalikum waṣṣaakum̃ bihee laʻallakum tattaq̣oon.
އަދި (10) ހަމަކަށަވަރުން މިބަޔާންވެދިޔައީ ތިމަންރަސްކަލާނގެ ސީދާމަގެވެ. (ތިމަންކަލޭގެފާނުންގެ ސީދާމަގެވެ. މިދެގޮތް އެންމެ ރަނގަޅުކަމުގައިވެއެވެ. والله أعلم) ފަހެ އެހެންވެ ކަލޭމެން އެމަގާއި تبع ވާށެވެ! އަދި އެހެނިހެން މަގުތަކާއި تبع ނުވާށެވެ! ފަހެ އޭރުން (އެބަހީ އެހެނިހެން މަގުތަކާއި تبع ވެއްޖެއްޔާ) އެކަލާނގެ މަގުން ކަލޭމެން ވަކިވަކިވެ ބައިބައި ވެދާނެއެވެ. އެކަލާނގެ ކަލޭމެނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން تقوى ވެރިވޭތޯއެވެ. ބިރުވެތިވޭތޯއެވެ.
-
154
ثُمَّ ءَاتَيْنَا مُوسَى ٱلْكِتَـٰبَ تَمَامًا عَلَى ٱلَّذِىٓ أَحْسَنَ وَتَفْصِيلًا لِّكُلِّ شَىْءٍ وَهُدًى وَرَحْمَةً لَّعَلَّهُم بِلِقَآءِ رَبِّهِمْ يُؤْمِنُونَ
S̤umma ʹaataynaa Moosal Kitaaba tamaaman ʻalal laẓeee ʹaḥsana wa-tafṣeelal likulli shayʹiñw wahudañw waraḥmatal laʻallahum̃ biliq̣aaaʹi Rabbihim yuʹminoon.
ދެން وَحِي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. އެއީ އެކަލާނގެ نعمة ފުރިހަމަކުރެއްވުމަށެވެ. އެކަލޭގެފާނުކުރެއްވި ގިނަގުނަ ހެޔޮކަންތައްތަކުގެ މުނާސަބަތުގައެވެ. (ނުވަތަ އެކަލޭގެފާނަށް އެފޮތް ބާވައިލެއްވީ ހުރިހާ ހެޔޮކަންތައްތަކެއް ފުރިހަމަކުރެއްވުމަށެވެ. / ނުވަތަ إحسان ތެރިންނަށް نعمة ފުރިހަމަކުރެއްވުމަށެވެ. މިހުރިހާ ގޮތަކަށްވެސް އެ عبارة ގެ މާނަކުރެވިފައިވެއެވެ. والله أعلم بالصّواب) ދެން އެއަންގަވަނީ އެފޮތް ބާވައިލެއްވީ ހުރިހާކަމެއްގެ تفصيل ގެގޮތުންނެވެ. دينى ހުރިހާކަމެއްގެ تفصيل ކޮށްދެއްވުމަށާއި އަދި ތެދުމަގެއްކަމުގައްޔާއި އަދި رحمة އެއްކަމުގައެވެ. އެއީ އެމީހުންގެ ربّ އާއި އެމީހުން ބައްދަލުވާނެކަމަށް ތެދުކޮށް އީމާންވުމަށެވެ.
-
155
وَهَـٰذَا كِتَـٰبٌ أَنزَلْنَـٰهُ مُبَارَكٌ فَٱتَّبِعُوهُ وَٱتَّقُوا۟ لَعَلَّكُمْ تُرْحَمُونَ
Wa-haaẓaa Kitaabun ʹañzalnaahu mubaarakuñ fattabiʻoohu wattaq̣oo laʻal-lakum turḥamoon;
އަދި މިފޮތަކީ އެބަހީ މިކީރިތި قرآن އަކީ ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. ފަހެ އެހެންވެ ކަލޭމެން އެފޮތާއި تبع ވާށެވެ! (އެފޮތުގައިވާގޮތަށް عمل ކުރާށެވެ!) ކަލޭމެނަށް رحمة ލެއްވުމުގެ أمّيد ގައެވެ. رحمة ލެއްވޭތޯއެވެ.
-
156
أَن تَقُولُوٓا۟ إِنَّمَآ أُنزِلَ ٱلْكِتَـٰبُ عَلَىٰ طَآئِفَتَيْنِ مِن قَبْلِنَا وَإِن كُنَّا عَن دِرَاسَتِهِمْ لَغَـٰفِلِينَ
ʹAñ taq̣oolooo ʹinnamaaa ʹuñzilal Kitaabu ʻalaa Ṭaaaifatayni miñ q̣ablinaa. Wa-ʹiñ kunnaa ʻañ diraasatihim lag̣aafileen;
(އޭ مُحَمَّدُ ގެފާނުންގެ އުއްމަތުގެ މީހުންނޭވެ!) (މިބަރަކާތްތެރި ކީރިތި قرآن ކަލޭމެނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީ) ކަލޭމެން ބުނެފާނެތީއެވެ. ނުވަތަ ނުބުނުމަށްޓަކައެވެ. ހަމަކަށަވަރުން ފޮތް ބާވައިލެއްވިފައިވަނީ އަހުރެމެން ފިޔަވައި (قريش ން ފިޔަވައި) އެހެންދެ جماعة އެއްގެމައްޗަށެވެ. (އެއީ يهودي ންނާއި نصارى އިންނެވެ. އަހުރެމެން قريش ންގެ މައްޗަކަށް ނޫނެވެ.) ހަމަކަށަވަރުން އަހުރެމެން ވީ އެފޮތް ކިޔެވުމާމެދު دِرَاسة ކުރުމާމެދު غافل ވެގެންނެވެ. (އެހެނީ އެފޮތްފޮތް ވަނީ އަހުރެމެންގެ ބަހަކުންނޫނެވެ.)
-
157
أَوْ تَقُولُوا۟ لَوْ أَنَّآ أُنزِلَ عَلَيْنَا ٱلْكِتَـٰبُ لَكُنَّآ أَهْدَىٰ مِنْهُمْ ۚ فَقَدْ جَآءَكُم بَيِّنَةٌ مِّن رَّبِّكُمْ وَهُدًى وَرَحْمَةٌ ۚ فَمَنْ أَظْلَمُ مِمَّن كَذَّبَ بِـَٔايَـٰتِ ٱللَّهِ وَصَدَفَ عَنْهَا ۗ سَنَجْزِى ٱلَّذِينَ يَصْدِفُونَ عَنْ ءَايَـٰتِنَا سُوٓءَ ٱلْعَذَابِ بِمَا كَانُوا۟ يَصْدِفُونَ
ʹAw taq̣ooloo law annaaa ʹuñzila ʻalaynal Kitaabu lakunnaaa ʹahdaa minhum. Faq̣ad jaaaʹakum̃ bayyinatum mir Rabbikum wa-Hudañw wa-Raḥmaḥ. Faman ʹaz̤̣lamu mimmañ kaẓẓaba biʹAayaatil laahi waṣadafa ʻanhaa? Sanajzil laẓeena yaṣdifoona ʻan ʹAayaatinaa soooʹal ʻaẓaabi bimaa kaanoo yaṣdifoon.
ނުވަތަ (މި قرآن މިބާވައިލެއްވުނީ) ކަލޭމެން މިފަދައިން ނުބުނުމަށްޓަކައެވެ. އެހެނީ "އަހުރެމެންގެމައްޗަށް ފޮތްބާވައިލެއްވުނުނަމަ ހަމަކަށަވަރުން އެމީހުންނަށްވުރެ ބޮޑަށް ތެދުމަގުގައިވާ ބަޔަކުކަމުގައި އަހުރެމެންވީމުހެވެ." އޭގެ ޖަވާބުގައި ﷲ وحي ކުރެއްވިއެވެ. މިހާރު ދެން ހަމަކަށަވަރުން މިވަނީ ކަލޭމެންގެ رَبّ ގެ حضرة ން ކަލޭމެންނަށް دليل އައިސްފައެވެ. (އެއީ عرب ބަހުންވާ ފޮތެއް ބާވައިލައްވާފައެވެ. ދެން މިހާރު ނަމަކިޔޭނެގޮތެއް ނޯންނާނެއެވެ.) އަދި އެފޮތް ބާވައިލެއްވިފައިވަނީ ތެދުމަގާއި رحمة އެއްގެ ގޮތުންނެވެ. އަޅެފަހެ ﷲ ގެ އާޔަތްތައް ދޮގުކޮށް އެ އާޔަތްތައް އައުމަށްފަހު އެއަށް ފުރަގަސްދީ އެނބުރިގަތްބަޔަކަށްވުރެ އަނިޔާވެރިކަންބޮޑީ ފަހެ ކޮންބައެއްހެއްޔެވެ؟ އެއަށްވުރެ އަނިޔާވެރިކަންބޮޑު ބަޔަކު ނުވެއެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ފުރަގަސްދީ އެޔާދުރަށް އެނބުރިގަތް މީހުންނަށް ނިކަންހުރެ عذاب ގެ ނުބައިކަން ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. އެއީ އެމީހުން އެއާޔަތްތަކަށް ފުރަގަސްދީ އެއިން އެނބުރިގަތުމުގެ ސަބަބުންނެވެ.
-
158
هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَـٰٓئِكَةُ أَوْ يَأْتِىَ رَبُّكَ أَوْ يَأْتِىَ بَعْضُ ءَايَـٰتِ رَبِّكَ ۗ يَوْمَ يَأْتِى بَعْضُ ءَايَـٰتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَـٰنُهَا لَمْ تَكُنْ ءَامَنَتْ مِن قَبْلُ أَوْ كَسَبَتْ فِىٓ إِيمَـٰنِهَا خَيْرًا ۗ قُلِ ٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ
Hal yañz̤̣uroona ʹillaaa ʹañ taʹtiyahumul malaaaʹikatu ʹaw yaʹtiya Rabbuka ʹaw yaʹtiya baʻḍu ʹAayaati Rabbik? Yawma yaʹtee baʻḍu ʹAayaati Rabbika laa yañfaʻu nafsan ʹeemaanuhaa lam takun ʹaamanat miñ q̣ablu ʹaw kasabat feee ʹeemaanihaa khayraa. Q̣uliñ taz̤̣irooo ʹinnaa muñtaz̤̣iroon.
އެމީހުން ފަހެ ملائكة ބޭކަލުން (މަރުހިއްޕެވުމަށްޓަކައި) ވަޑައިގަތުމަށް މެނުވީ ނުވަތަ ކަލޭގެފާނުންގެ رَبّ ހިސާބުބެއްލެވުމަށް محشر ގެ މައިދާނަށް ވޮޑިގަތުމަށްމެނުވީ ނުވަތަ ކަލޭގެފާނުގެ رَبّ ގެ ބައެއް އާޔަތް އައުމަށްމެނުވީ (އެބަހީ ހުޅަނގުފަރާތުން އިރުއެރުމަށްމެނުވީ އެމީހުން އެބަ إنتظار ކުރޭހެއްޔެވެ؟) އަދި ކަލޭގެފާނުންގެ رَبّ ގެ ބައެއް އާޔަތް ފާޅުވާދުވަހު އެބަހީ ހުޅަނގުފަރާތުން އިރުއަރާދުވަހުން ދެން އެދުވަހުން އޭގެކުރިން އީމާންވެގެން ހެޔޮ عمل ކުރިމީހަކަށްމެނުވީ އެހެން އެއްވެސް މީހަކަށް އެއްވެސް منفع އެއް އެދުވަހުން އީމާންވެގެން ނުކުރާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން إنتظار ކުރާށެވެ! އަހުރެމެންވެސް إنتظار ކުރަނީއެވެ.
-
159
إِنَّ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا لَّسْتَ مِنْهُمْ فِى شَىْءٍ ۚ إِنَّمَآ أَمْرُهُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا۟ يَفْعَلُونَ
ʹInnal laẓeena farraq̣oo deenahum wa-kaanoo shiyaʻal lasta minhum fee shayʹ Innamaaa ʹamruhum ʹilal laahi s̤umma yunabbiʹuhum̃ bimaa kaanoo yafʻaloon.
ހަމަކަށަވަރުން އެބައިމީހުންގެ دين ބައިބައިކޮށް ވަކިވަކިކުރިމީހުންވީ އެތައްބަޔަކަށެވެ. (އެއީ يهودي ންނާއި نصارى އިންނާއި ދެންވެސް މި أمّة ގެ بِدْعَة ވެރިންފަދަ އެންމެންނެވެ.) އަދި ކަލޭގެފާނުން އެމީހުންގެ އެކަންކަމުގައި مسؤل ވެގެން ނުވެއެވެ. / ނުވަތަ ކަލޭގެފާނު އެ بِدْعَة ވެރިންގެ ކަންކަމުގެ އެއްވެސްކަމެއްގައި ނުވެއެވެ. ހަމަކަށަވަރުން އެމީހުންގެ ކަންތައްވަނީ ﷲ ގެ حضرة ގައެވެ. (އެކަލާނގެ فيصلة ކުރައްވާހުއްޓެވެ.) ދެން އެމީހުންކުރާކަމުގައިވީކަންތަކުގެ خبر އެކަލާނގެ އެމީހުންނަށް ދެއްވާނެއެވެ.
-
160
مَن جَآءَ بِٱلْحَسَنَةِ فَلَهُۥ عَشْرُ أَمْثَالِهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَىٰٓ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ
Mañ jaaaʹa bilḥasanati falahoo ʻashru ams̤aalihaa, wa-mañ jaaaʹa bis-sayyiʹati falaa yujzaaa ʹillaa mis̤lahaa wahum laa- yuz̤̣lamoon.
ހެޔޮކަމަކާއިގެން އައިމީހާ / ހެޔޮކަމެއްކުރިމީހާ (ދަންނައެވެ!) ފަހެ އޭނާއަށް އޭނާކުރި ހެޔޮކަމުގެ ދިހަގުނައަށް ثواب ހުއްޓެވެ. އަދި ނުބައިކަމެއްކުރި މީހާ ދަންނައެވެ! ފަހެ އޭނާ އެކުރި ފާފަޔާއި އެއްވަރު ޖަޒާމެނުވީ އޭނާއަށް ނުވެއެވެ. އަދި އެމީހުންނަށް އަނިޔާނުވެވޭނެއެވެ. (ﷲ އެއްވެސް މީހަކަށް އަނިޔާ ވެރިވެ ވޮޑިނުގަންނަވާނެއެވެ.)
-
161
قُلْ إِنَّنِى هَدَىٰنِى رَبِّىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ دِينًا قِيَمًا مِّلَّةَ إِبْرَٰهِيمَ حَنِيفًا ۚ وَمَا كَانَ مِنَ ٱلْمُشْرِكِينَ
Q̣ul ʹinnanee hadaanee Rabbeee ʹilaa Ṣiraatim Mustaq̣eem, Deenañ Q̣iyamam Millata ʹIbraaheema ḥaneefaa, wa-maa kaana minal mushrikeen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ رَبّ ތިމަންކަލޭގެފާނަށް ސީދާވެގެންވާ ތެދުމަގު ދެއްކެވިއެވެ. އެއީ ސީދާވެގެންވާ دين އެއްކަމުގައިވާ إبراهيم عليه السّلام ގެ دين އެވެ. އެއީ شرك އާއި ދުރު އަދި توحيد އަށް ލެނބިގެންވާ ދީނެވެ. އަދި އެކަލޭގެފާނު يعني: إبراهيم عليه السّلام مشرك ންގެތެރެއިން ނުވެއެވެ.
-
162
قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَـٰلَمِينَ
Q̣ul ʹinna Ṣalaatee wa-nusukee wa-maḥyaaya wa-mamaatee lillaahi Rabbil ʻaalameen:
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ނަމާދާއި ތިމަންކަލޭގެފާނުންގެ ކަތިލުމާއި - (ذَبَحَ ކުރުމާއި) އަދި ތިމަންކަލޭގެފާނުންގެ ދިރިހުރުމާއި އަދި ތިމަންކަލޭގެފާނުންގެ މަރުވުމާއި މިހުރިހާކަމެއް خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެއީ عالم ތައް ހައްދަވާ އެތަކެތި ބަލަހައްޓަވާ تربيّة ކުރައްވާ އެތަކެތީގެ رَبّ އެވެ.
-
163
لَا شَرِيكَ لَهُۥ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا۠ أَوَّلُ ٱلْمُسْلِمِينَ
Laa- shareeka lah: wa-biẓaalika ʹumirtu wa-ʹana ʹawwalul Muslimeen.
އެކަލާނގެއަށް އެއްވެސް شريك އަކު ނުވެއެވެ. ބައިވެރިއަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ އެފަދައިންނެވެ. އަދި ތިމަންކަލޭގެފާނީ މި أمّة ގައި އެންމެފުރަތަމަ ކިޔަމަންތެރިވެ ﷲ އަށް خُضُوعَة ތެރިވީމީހާއެވެ. އެންމެފުރަތަމަ مسلم އެވެ.
-
164
قُلْ أَغَيْرَ ٱللَّهِ أَبْغِى رَبًّا وَهُوَ رَبُّ كُلِّ شَىْءٍ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ
Q̣ul ag̣ayral laahi ʹabg̣ee Rabbañw Wa-Huwa Rabbu kulli shayʹ? Wa-laa taksibu kullu nafsin ʹillaa ʻalayhaa: wa-laa taziru waaziratuñw wizra ʹukhraa. S̤umma ʹilaa Rabbikum marjiʻukum fayunabbiʹukum̃ bimaa kuñtum feehi takhtalifoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! رَبّ އެއްގެގޮތުގައި އަހުރެން إختيار ކޮށް އެދެންވީ ﷲ ނޫން އެހެންފަރާތެއް ހެއްޔެވެ؟ އަދި އެކަލާނގެއީ ހުރިހާތަކެތީގެ رَبّ އެވެ. (ހުރިހާތަކެތި ހައްދަވާ ބަލަހައްޓަވާ އެތަކެތި تربيّة ކުރައްވާ އެތަކެތީގެ ވެރިޔާއެވެ.) އަދި އެއްވެސް نفس އެއް އެހޯދައިގަތް ފާފައެއްގެ ނުބައިކަން ހަމަ އެ نفس އެއްގެމައްޗަށް މެނުވީ ނުވެއެވެ. އަދި (قيامة ދުވަހުން) ފާފައިގެ ބުރަ އުފުލާމީހަކު އެހެން މީހެއްގެ ފާފައިގެ ބުރަނުއުފުލާނެއެވެ. ދެން ކަލޭމެން އެންމެންވެސް އެނބުރި އައުންވަނީ ކަލޭމެންގެ رَبّ ގެ حضرة އަށެވެ. ދެން އެކަމާއިމެދު ކަލޭމެން ދެބަސްވެ إختلاف ވާކަމުގައިވީ ކަންތަކުގެ خبر އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ.
-
165
وَهُوَ ٱلَّذِى جَعَلَكُمْ خَلَـٰٓئِفَ ٱلْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَـٰتٍ لِّيَبْلُوَكُمْ فِى مَآ ءَاتَىٰكُمْ ۗ إِنَّ رَبَّكَ سَرِيعُ ٱلْعِقَابِ وَإِنَّهُۥ لَغَفُورٌ رَّحِيمٌۢ
Wa-Huwal laẓee jaʻalakum khalaaaʹifal ʹarḍi wa-rafaʻa baʻḍakum fawq̣a baʻḍiñ darajaatil liyabluwakum fee maaa ʹaataakum: ʹInna Rabbaka Sareeʻul ʻiq̣aabi wa-ʹinnahoo la-G̣afoorur Raḥeem.
އަދި ކަލޭމެން ބިމުގެ خليفة އިންކަމުގައި ލެއްވީ ހަމަ އެކަލާނގެއެވެ. އަދި ކަލޭމެންކުރެ އެއްބަޔަކު އަނެއްބައެއްގެމައްޗަށް އެތައް ދަރަޖަތަކެއް އެކަލާނގެ އުފުއްލެވިއެވެ. އެއީ ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވި ތަކެތީގައި ކަލޭމެން إمتحان ކުރުމަށްޓަކައެވެ. (އެތަކެތީގެ حقّ ރަނގަޅަށް އަދާކުރާމީހާ ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ކަލޭމެނަށް ދެއްކެވުމަށެވެ.) ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވާ رَبّ އެއީ عقوبة އަވަސްވެވޮޑިގެންވާ ކަލާނގެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ. އަދި رحمة ލެއްވުންވެސް ބޮޑުވެގެންވާ ކަލާނގެއެވެ.