Surah Al-BaqarahBegins here at 2:253
-
2:253
۞ تِلْكَ ٱلرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۘ مِّنْهُم مَّن كَلَّمَ ٱللَّهُ ۖ وَرَفَعَ بَعْضَهُمْ دَرَجَـٰتٍ ۚ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَـٰتِ وَأَيَّدْنَـٰهُ بِرُوحِ ٱلْقُدُسِ ۗ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلَ ٱلَّذِينَ مِنۢ بَعْدِهِم مِّنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ وَلَـٰكِنِ ٱخْتَلَفُوا۟ فَمِنْهُم مَّنْ ءَامَنَ وَمِنْهُم مَّن كَفَرَ ۚ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلُوا۟ وَلَـٰكِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ
Tilkar rusulu faḍḍalnaa baʻḍahum ʻalaa baʻḍ. Minhum mañ kallamal laahu wa-rafaʻa baʻḍahum darajaat. Wa-ʹaataynaa ʻEesab na Maryamal Bayyinaati wa-ʹayyadnaahu birooḥil q̣udus. Wa-law shaaaʹal laahu maq̣ tatalal laẓeena mim baʻdihim mim baʻdi maa- jaaaʹathumul Bayyinaatu wa-laakinikh talafoo faminhum man ʹaamana wa-minhum mañ kafar. Wa-law shaaaʹal laahu maq̣ tataloo; wa-laakinnal laaha yafʻalu maa- yureed.
އެ رَسول ބޭކަލުން ދަންނައެވެ! ތިމަންރަސްކަލާނގެ އޭގެ ބައެއްބޭކަލުން އަނެއްބައިބޭކަލުންގެ މައްޗަށް މާތްކުރެއްވީމެވެ. އޭގެތެރޭގައި އެބޭކަލުންނާއި ﷲ ގެ ބަސްފުޅު وحي ކުރައްވައި ވާހަކަފުޅު ދެއްކެވި ބޭކަލުންވެއެވެ. އެއީ موسى عليه السّلام ފަދަ ބޭކަލުންނެވެ. އަދި ބައެއްބޭކަލުން އެކަލާނގެ އެތައް ދަރަޖައަކަށް އުފުއްލެވިއެވެ. އަދި مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام އަށް ބަޔާންވެގެންވާ ދަލީލުތައް ދެއްވީމެވެ. (بَرَص ބަލިޖެހިފައިވާ މީހުން ރަނގަޅުކުރެއްވުމާއި މަރުވެފައިވާމީހުން ދިރުއްވުމާއި އަދިވެސް އެތައްކަމެކެވެ.) އަދި ތިމަންރަސްކަލާނގެ جبريل عليه السّلام މެދުވެރިކުރައްވައި އެކަލޭގެފާނުގެ ބާރުގަދަކޮށްދެއްވީމެވެ. އަދި ﷲ އެދިވޮޑިގެންނެވިނަމަ އެމީހުންނަށް بَيَان ވެގެންވާ دليل އައުމަށްފަހު އެމާތް رَسول ބޭކަލުން ވަޑައިގެން بَيَان ކޮށްދެއްވުމަށްފަހު އެމީހުން އެއްބަޔަކު އަނެއްބަޔަކާ ދެބަސްވެ ތަޅާފޮޅާ ނުހެދީހެވެ. އެހެންނަމަވެސް އެމީހުން إختلاف ވީއެވެ. ދެބަސްވީއެވެ. ދެންފަހެ އެމީހުންގެތެރޭގައި ތިބީ އީމާންވީމީހުންނާއި ކާފަރުވީމީހުންނެވެ. އަދި ﷲ އިރާދަކުރެއްވިނަމަ އެމީހުން ތަޅާފޮޅާނުހެދީހެވެ. އަދި އެހެންނަމަވެސް ﷲ އިރާދަކުރައްވާ ކަންތައް އެކަލާނގެ ކުރައްވައެވެ.
-
2:254
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِمَّا رَزَقْنَـٰكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَـٰعَةٌ ۗ وَٱلْكَـٰفِرُونَ هُمُ ٱلظَّـٰلِمُونَ
Yaaa-ʹayyuhal laẓeena ʹaamanooo ʹañfiq̣oo mimmaa razaq̣naakum miñ q̣abli ʹañy yaʹtiya Yawmul laa bayʻuñ feehi walaa khullatuñw walaa shafaaʻah . Wal-kaafiroona humuz̤̣ z̤̣aalimoon.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވިތަކެތިން ކަލޭމެން ހޭދަކުރާށެވެ! އެއީ އެއްވެސް ގަނެވިއްކުމެއް ވިޔަފާރިއެއް ނެތް އަދި އެއްވެސް رحمة ތެރި ރައްޓެހިކަމެއްގެ އެހީއެއް އަދި (ﷲ ގެ އިޒުނަޔާލައިގެންމެނުވީ) شَفَاعَة އެއްވެސް ނޯންނާނޭ ދުވަހެއް އައުމުގެކުރިންނެވެ. އެބަހީ قيامة ދުވަސް އައުމުގެކުރިންނެވެ. އަދި ކާފަރުން އެއީ ކަނޑައެޅިގެން އަނިޔާވެރިންނެވެ. مشرك ންނެވެ.
-
2:255
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ
ʹAllaahu laaa ʹilaaha ʹillaa HooʹAl Ḥayyul Q̣ayyoom. Laa- taʹkhuẓuhoo sinatuñw walaa nawm. Lahoo Maa- fis samaawaati wa-maa fil ʹarḍ. Mañ ẓal laẓee yashfaʻu ʻiñdahooo ʹillaa biʹiẓnih? Yaʻlamu Maa- bayna ʹaydeehim wa-maa khalfahum. Wa-laa yuḥeeṭoona bishayʹim min ʻilmiheee ʹillaa bimaa shaaaʹ. Wasiʻa Kursiyyuhus Samaawaati wal-ʹarḍ; wa-laa yaʹooduhoo ḥifz̤̣uhumaa wa-Huwal ʻAliyyul ʻAz̤̣eem.
ﷲ އެއީ އެކަލާނގެ މެނުވީ އަޅުކަންވެވުން حقّ ވެގެންވާ އެއްވެސް އެހެން إله އަކުނުވާ ކަލާނގެއެވެ. އެކަލާނގެއީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ دَائمى حَيَاة އެއްވާ ކަލާނގެއެވެ. އަދި އެއީ خَلْقُ ތަކުންނަށް ރިޒުގުދެއްވުމާއި ބެލެހެއްޓެވުމާއި ރައްކާތެރިކުރެއްވުމުގައި قائم ވެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެއަށް ނިދިޖެހުމެއްނުވެއެވެ. އަދި ގަދަ އަވަހާރަފުޅުލެއްޕެވުމެއް ނުވެއެވެ. އުޑުތަކާއި ބިމުގައިވާހާތަކެތި مِلْكُ ވެވޮޑިގެންވަނީ خَاصّ ވެވޮޑިގެންވަނީ ހަމަ އެކަލާނގެއަށެވެ. އެކަލާނގެ حضرة ގައި އެކަލާނގެ އިޒުނަފުޅާއިލައިގެން މެނުވީ شَفَاعَة ތެރިވާނީ ކާކުހެއްޔެވެ؟ އެބަހީ އެކަކަށްވެސް شفاعة ތެރިނުވެވޭނެއެވެ. އަދި خلق ތަކުންގެ ދުނިޔޭގެ ކަންތަކާއި އަދި آخرة ގެ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އެއްޗެއްމެނުވީ އެކަލާނގެ علم ފުޅުގެތެރެއިން އެކައްޗެއްވެސް خلق ތަކުންނަށް އެނގިގެން ނުވެއެވެ. އަދި އެކަލާނގެ كُرْسِ ފުޅު އުޑުތަކާއި ބިމުގައި ތަނަވަސްވެގެންވެއެވެ. އަދި އުޑުތަކާއި ބިން ބަލަހައްޓަވާ ރައްކާތެރިކުރެއްވުމަކަށް އެކަލާނގެއަށް ބުރަވެގެން ނުވެއެވެ. އަދި އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ عِزّة ވަންތަ ހައިބަބޮޑުވެގެންވާ ކަލާނގެއެވެ. • ﷲ ގެ كُرْسى އަކީ ކޮންއެއްޗެއްކަމާއިމެދު مُفَسِّر ންގެމެދުގައި إختلاف ވެގެންވެއެވެ. މި فَنُّ ގެ ބޮޑެތި عالم ން ވިދާޅުވަނީ އެއީ ﷲ ގެ ދެނެވޮޑިގަތުންކަމުގައެވެ. މިއީ علم ވެރިންގެ އެއް ރިވާޔަތެވެ. އަނެއް ރިވާޔަތަކީ އެކަލާނގެ كُرْس ފުޅަކީ އެކަލާނގެ ދެފައިންޕުޅު ބަލަހައްޓަވާ އެއްޗެކެވެ. މިރިވާޔަތުގެމައްޗަށް حديث ދަލީލުކުރެއެވެ. ބައެއް حديث ގެ ތަރުޖަމާގައިވެއެވެ. كُرْسى ގެ ނިސްބަތުގައި ހަތްއުޑުގެ مثال އަކީ އައްޑަނައެއްގައި ބޭއްވިފައިވާ ހަތް دِرْهَمُ ގެ މިސާލެވެ. كُرْسى އެހާބޮޑެވެ. އަދި عرشى ގެ ނިސްބަތުގައި كُرْسى ގެ މިސާލަކީ ހުސްބިމަކަށް އެއްލައިލާފައިވާ ދަގަނޑު ބޮޅެއްގެ މިސާލެވެ. عرشى އެހާވެސް ބޮޑެވެ. މި حديث تفسير الطبري ގައިވެސް ވެއެވެ. އަދި تفسير قرطبى ގައި أبوموسى الأشعرى رضى ﷲ عنه ގެ އަރިހުން އައިސްފައިވާ ރިވާޔަތުގައިވެސްވަނީ كُرْسى އަކީ مَوْضِعُ القدَمَين އެވެ. يعني: ދެފައިންޕުޅު ބަހައްޓަވާތަނެވެ. علم التّوحيد ގެ أهل ވެރިންވެސް މި معلومات ތައް މިގޮތަށް بَيان ކުރައްވައެވެ. والله أعلم ދެންފަހެ ﷲ ގެ ފައިންޕުޅެއް އަދި كُرْسى އެއް عرشى އެއް މިއިން އެއްވެސް އެއްޗެއްގެ ސިފައެއް كيفية އެއްކުރުން ހުއްދައެއްނޫނެވެ. ވައްތަރު بيان ކުރުން ހުއްދައެއްނޫނެވެ. އެއީ އެކަލާނގެ އަންގަވާފައިނުވުމާއިއެކު ދުށްމީހަކުވެސް ނުވެއެވެ. އެހެންވެ އެކަލާނގެ ސިފަފުޅުތައް بيان ކުރުމުގެ قانون ގެދަށުން كُرْسىގެ ކަންތައްވެސް ނިންމީމާ އޮންނާނީ ރަނގަޅަށެވެ. އެކަލާނގެ ސިފަފުޅުގެ قانون އަކީ ކީރިތި قرآن އާއި މާތް سُنّة ން އެކަލާނގެއަށް ސިފަފުޅެއްވާކަމުގައި އަންގަވަންޏާ އެސިފަފުޅެއް އެކަލާނގެއަށްވާ ކަމުގައި އަޅުގަނޑުމެންވާނީ ސާބިތުކުރާށެވެ. ނަމަވެސް ވައްތަރާއި ސިފަ، އަދި كيفية بيان ނުކުރުމެވެ. އެއީ لَيْسَ كَمِثْلِهِ شىءٌ وهو السّميع البصير: މިއާޔަތުގައިވާ قانون އެވެ. نفى އާއި إثبات އެވެ. ސިފަ ސާބިތުކޮށް كَيْفِيَّةُ ނަފީކުރުމެވެ. والله أعلم بالصّواب.
-
2:256
لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّـٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ
Laaa ʹikraaha fid deen. Q̣at tabayyanar Rushdu minal G̣ayy. Famañy yakfur biṭ-Ṭaag̣ooti wa-yuʹmim billaahi faq̣adis tamsaka bilʻurwatil wus̤q̣aa, lañ fiṣaama lahaa. Wallaahu Sameeʻun ʻAleem.
ދީނަށްވެއްދުމުގައި ގަދަހެދުމެއް ނުވެއެވެ. (މިއީ جِزْيَة ދީގެންތިބޭ أهل كتاب ންގެ حكم އެވެ. އެހެނިހެން ކާފަރުންގެ ވާހަކައެއްނޫނެވެ. تَوبَة ސޫރަތުގެ ބައެއް އާޔަތްތަކުން އެހެނިހެން ކާފަރުންނާ ދިމާކޮށް ގަދަހެދުމުގެ صَريح حكم އައިސްފައިވެއެވެ. އަދި އިސްލާމްދީނަށް ވަދެހުރި މީހާގެމައްޗަށް އެދީނުގެ حدّ ތައް ކަނޑައެޅުން حَاكِم ގެމައްޗަށް فرض ވެގެންވެއެވެ. އުޅޭނެގޮތަކަށްއުޅެން ދޫކޮށްލުމީ އޮތްކަމެއްނޫނެވެ.) އެހެނީ ރަނގަޅު حقّ ތެދުމަގާއި حقّ ނޫން باطل ގޮތް މިވަނީ ރަނގަޅަށް بَيَان ވެ އެނގޭށެވެ. އަދި طَاغُوت އަށް ކާފަރުވެ ﷲ އަށް އީމާންވެއްޖެމީހާ ދަންނައެވެ! ހަމަކަށަވަރުން އޭނާ އެހިފެހެއްޓީ މަގުނުފުރެދޭނެ حقّ ތެދުމަގުގައެވެ. އެއަށް އެއްވެސް އޮޅުމެއްނެތެވެ. އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ. طَاغُوت: އެއީ شيطان އެވެ. ނުވަތަ سِحر ވެރިޔާއެވެ. ނުވަތަ كَاهِن އެވެ. ނުވަތަ ﷲ ފިޔަވައި އެފަރާތަކަށް އަޅުކަންވެވޭ ކިޔަމަންތެރިވެވޭ އަދި تبع ވެވޭ ކޮންމެ ފަރާތެކެވެ. ނަމަވެސް އިންސާނުން، މަލާއިކަތުން ފަދަ ފަރާތްތަކަށް އަޅުކަންވެވޭއިރު އެފަރާތްތައް އެ އަޅުކަމާއި ރުހި ގަޔާވެގެން ވަންޏާއެވެ. والله أعلم.
-
2:257
ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ يُخْرِجُهُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۖ وَٱلَّذِينَ كَفَرُوٓا۟ أَوْلِيَآؤُهُمُ ٱلطَّـٰغُوتُ يُخْرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَـٰتِ ۗ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ
ʹAllaahu Waliyyul laẓeena ʹaamanoo yukhrijuhum minaz̤̣ z̤̣ulumaati ʹilan noor. Wallaẓeena kafarooo ʹawliyaaaʹuhumuṭ Ṭaag̣ootu yukhrijoonahum minan Noori ʹilaz̤̣ z̤̣ulumaat. ʹUlaaaʹika ʹAṣḥaabun Naari hum feehaa khaalidoon.
ﷲ އެއީ އީމާންވީމީހުންގެ ސަހަރޯވެރިޔާއެވެ. އެކަލާނގެ އެމީހުން ޖާހިލުކަމާއި شِرك އާއި ކާފަރުކަމުގެ އަނދިރިކަމާއި ނުރައްކަލުން ނެރުއްވައި އީމާންކަމާއި هداية ގެ ސާފުސީދާ އަލިކަމުގެ ތެރެއަށް ލައްވައި ތެދުމަގު ދައްކަވައި ސަލާމަތްކުރައްވައެވެ. އަދި ކާފަރުވެއްޖެ މީހުން ދަންނައެވެ! އެމީހުންގެ ސަހަރޯވެރިއަކީ طَاغُوت އެވެ. އެސޮރު އެމީހުން އީމާންކަމާއި هِداية އާއި مَعرفة ވެރިކަމުގެ އަލިކަމުން ދުރުކޮށް جاهل ކަމާއި شرك އާއި كفر ގެ އަނދިރި ނާމާންކަމުގެތެރެއަށް ވައްދައި ހަލާކުކޮށްލައެވެ. އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީވެސް ހަމަ އެތާނގައެވެ.
-
2:258
أَلَمْ تَرَ إِلَى ٱلَّذِى حَآجَّ إِبْرَٰهِـۧمَ فِى رَبِّهِۦٓ أَنْ ءَاتَىٰهُ ٱللَّهُ ٱلْمُلْكَ إِذْ قَالَ إِبْرَٰهِـۧمُ رَبِّىَ ٱلَّذِى يُحْىِۦ وَيُمِيتُ قَالَ أَنَا۠ أُحْىِۦ وَأُمِيتُ ۖ قَالَ إِبْرَٰهِـۧمُ فَإِنَّ ٱللَّهَ يَأْتِى بِٱلشَّمْسِ مِنَ ٱلْمَشْرِقِ فَأْتِ بِهَا مِنَ ٱلْمَغْرِبِ فَبُهِتَ ٱلَّذِى كَفَرَ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ
ʹAlam tara ʹilal laẓee ḥaaajja ʹIbraaheema fee Rabbiheee ʹan ʹaataahul laahul mulk? ʹIẓ q̣aala ʹIbraaheemu Rabbiyal laẓee yuḥyee wa-yumeetu q̣aala ʹana ʹuḥyee wa-ʹumeet. Q̣aala ʹIbraaheemu faʹinnal laha yaʹtee bish-Shamsi minal Mashriq̣i faʹti bihaa minal Mag̣ribi Fabuhital laẓee kafar. Wallaahu laa- yahdil q̣awmaz̤̣ z̤̣aalimeen.
(އޭ رَسُول ﷲ އެވެ!) إبراهيم عليه السّلام ގެ رَبّ އާމެދު އެކަލޭގެފާނާއި جَدَل ކުރިމީހާގެ خبر ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވައިތޯއެވެ؟ އޭނާޔާމެދު عجائب ވެވަޑައިނުގަންނަވާތޯއެވެ؟ (އެމީހަކީ بَابِل ކަރައިގައި އޭރުހުރި ވެރިޔާއެވެ. އެއީ نَمْرُوذ بن كَنْعَان ކަމަށާއި نَمْرُوذ بن فَالِخُ ކަމަށާއި ދެގޮތަށް ކިޔާފައިވެއެވެ. އޭނާޔަކީވެސް ތިމާއީ رَبّ އެއްކަމަށް دعوى ކުރި މީހެއްކަމުގައިވިއެވެ. ވަރަށްނުބައި ބޮޑު جَبَّار މީހެކެވެ.) އޭނާ އެހާބޮޑާވެ جَبَّار ވީކަމުގައިވަނީ ﷲ އޭނާއަށް ބޮޑުވެރިކަމަކާއި ބާރުދެއްވުމުގެ ސަބަބުންނެވެ. إبراهيم عليه السّلام އޭނާޔަށް ވިދާޅުވިއެވެ. އަހުރެންގެ رَبّ އަކީ ތަކެތި ދިރުއްވާ މަރުއްވާ ކަލާނގެއެވެ. އޭނާ ދެންނެވިއެވެ. އަހުރެންވެސް ދިރުވާ މަރާހަދަމެވެ. މިހެންކިޔާފައި އޭނާގެ ކުށްވެރިންގެތެރެއިން ދެމީހުން ގެނަސް އެކަކަށް عَفُو ކޮށްފައި ދޫކޮށްލައި އަނެއްމީހާ މަރާލައިފިއެވެ. އަދި ދެންނެވިއެވެ. އަހުރެންވެސް ދިރުވާފައި މެރީއެވެ. މީނާގެ عمل ގެ ހުރި ދެއުޅިއެއްނުވާކަމުގެ ބޮޑުކަމުން إبراهيم عليه السّلام ދެން އޭނާއަށް ކުރިމަތިކުރެއްވީ ބަޗައިނުގަނެވޭވަރުގެ ކަމެކެވެ. ވިދާޅުވިއެވެ. ﷲ އިރުއަރުއްވާނީ مشرق ފަރާތުންނެވެ. ކަލޭ ނިކަން مَغْرِبُ ފަރާތުން އެއިރު އަރުވާބަލާށެވެ! މި حجّة އަށް އޭނާ ދޭނެ އެއްވެސް ޖަވާބެއް އަދި ހަދާނެއެއްވެސް حِيلة އެއްނެތި އެ ކާފަރުކަލޭގެ މުޅިން އަނގަބެނދި حيران ވެ އަންތަރީސްވެއްޖެއެވެ. އަދި އަނިޔާވެރި ނުބައި މީހުންނަށް ﷲ ތެދުމަގު ނުދައްކަވައެވެ.
-
2:259
أَوْ كَٱلَّذِى مَرَّ عَلَىٰ قَرْيَةٍ وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْىِۦ هَـٰذِهِ ٱللَّهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ ٱللَّهُ مِا۟ئَةَ عَامٍ ثُمَّ بَعَثَهُۥ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ ۖ قَالَ بَل لَّبِثْتَ مِا۟ئَةَ عَامٍ فَٱنظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَٱنظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ ءَايَةً لِّلنَّاسِ ۖ وَٱنظُرْ إِلَى ٱلْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًا ۚ فَلَمَّا تَبَيَّنَ لَهُۥ قَالَ أَعْلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
ʹAw kallaẓee marra ʻalaa q̣aryatiñw wa hiya khaawiyatun ʻalaa ʻurooshihaa. Q̣aala ʹannaa yuḥyee haaẓihil laahu baʻda mawtihaa? Faʹamaatahul laahu miʹata ʻaamiñ s̤umma baʻas̤ah. Q̣aala kam labis̤t? Q̣aala Labis̤tu yawman ʹaw baʻḍa yawm. Q̣aala bal labis̤ta miʹata ʻaamiñ fañz̤̣ur ʹilaa ṭaʻaamika wa-sharaabika lam yatasannah. Wañz̤̣ur ʹilaa ḥimaarik! wa-linajʻalaka ʹaayatal linnaasi wañz̤̣ur ʹilal ʻiz̤̣aami kayfa nuñshizuhaa s̤umma naksoohaa laḥmaa. Falammaa tabyyana lahoo q̣aala ʹaʻlamu ʹannal laaha ʻalaa kulli shayʹiñ Q̣adeer.
އަދި އެރަށުން މުޅިން މީހުންހުސްވެ ގެތައް ފަޅުވެ ހަލާކުވެފައިވާ އޮތް ރަށެއްގެ ކައިރިންލާފައި (އެއީ بَيْتُ الْمَقْدِس ކަމުގައިވިއެވެ.) ވަޑައިގެންނެވިބޭކަލަކު ފަދައެވެ. (އެފަދަ ކަންތަކުން ޢިބުރަތް ޙާޞިލްކުރައްވާ ބައްލަވާށެވެ!) އެބޭކަލަކު ވިދާޅުވިއެވެ. މިރަށް ﷲ ދިރުއްވާނީ ކޮންފަދައަކުންބާވައެވެ. ދެންފަހެ ﷲ تعالى އެބޭކަލަކު ސަތޭކައަހަރު މަރުއްވައިފައި ބާއްވަވައިފިއެވެ. ދެން އަލުންވެސް އެކަލާނގެ އެބޭކަލަކު ދިރުއްވާ ދުނިޔެއަށް ފޮނުއްވިއެވެ. އަދި ﷲ އެބޭކަލަކަށް وحي ކުރެއްވިއެވެ. ކަލޭގެފާނު ލަސްވެފައި އޮންނެވީ ކިހާއިރަކުހެއްޔެވެ؟ އެބޭކަލަކު ދެންނެވިއެވެ. މިއަޅާ ލަސްވެއޮތީ އެއްދުވަހުއެވެ. ނުވަތަ ދުވަހެއްގެ ބައެއްގައެވެ. އެކަލާނގެ وحي ކުރެއްވިއެވެ. އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭގެފާނު ލަސްވެފައި (خبر ނެތިފައި) އޮންނެވީ ސަތޭކައަހަރުއެވެ. ފަހެ ކަލޭގެފާނުން، ކަލޭގެފާނުންގެ ކާބޯތަކެއްޗަށް ނިކަންބައްލަވާށެވެ! އެތަކެތި ނުބައިނުވެއެވެ. تَغَيَّر ނުވެއެވެ. އަދި ކަލޭގެފާނު، ކަލޭގެފާނުންގެ حِمَار އަށް ނިކަންބައްލަވާށެވެ! (އޭތިއޮތީ މަރުވެ ކަށިފުރޭނިގޮސް ހުސްކަށިތަކެވެ.) އަދި ތިމަންރަސްކަލާނގެ މީސްތަކުންނަށްވާ دليل އެއްކަމުގައި ކަލޭގެފާނުންގެ ކަންތައް ލެއްވީމެވެ. ފަހެ ކަލޭގެފާނު ކަލޭގެފާނުންގެ حِمَار ގެ ކަށިތަކަށް ނިކަން ބައްލަވާށެވެ! ތިމަންރަސްކަލާނގެ އެކަށިތައް تَرْكِيْبُ ކުރައްވާ ރާވާލައްވާގޮތް ދެކެވަޑައިގަންނަވާށެވެ! އަދި ތިމަންރަސްކަލާނގެ އޭތީގައި މަސްލައްވާ ނިވާކުރައްވާގޮތް ބައްލަވާށެވެ! ދެންފަހެ އެކަލޭގެފާނު ރަނގަޅަށް މިހުރިހާ ކަމަކަށް ބައްލަވައި ނިމުނު ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ تعالىއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލަކުކަން އަހުރެންނަށް ރަނގަޅަށް އެނގެއެވެ.
-
2:260
وَإِذْ قَالَ إِبْرَٰهِـۧمُ رَبِّ أَرِنِى كَيْفَ تُحْىِ ٱلْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِى ۖ قَالَ فَخُذْ أَرْبَعَةً مِّنَ ٱلطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ ٱجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ٱدْعُهُنَّ يَأْتِينَكَ سَعْيًا ۚ وَٱعْلَمْ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ
Wa-ʹiẓ q̣aala ʹIbraaheemu Rabbi ʹarinee kayfa tuḥyil mawtaa. Q̣aala ʹa-wa-lam tuʹmin? Q̣aala balaa wa-laakil liyaṭmaʹinna q̣albee. Q̣aala fakhuẓ ʹarbaʻatam minaṭ ṭayri fas̤urhunna ʹilayka s̤ummaj ʻal ʻalaaa kulli jabalim minhunna juzʹañ s̤ummad ʻuhunna yaʹteenaka saʻyaa. Waʻlam ʹannal laaha ʻAzeezun Ḥakeem.
އަދި إبراهيم عليه السّلام އެކަލޭގެފާނުންގެ رَبّ ދެންނެވިހިނދު (ހަނދުމަފުޅު ކުރައްވާށެވެ.) އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ! މަރުވެފައިވާތަކެތި އިބަރަސްކަލާނގެ ދިރުއްވާގޮތް މިއަޅާއަށް ދައްކަވާންދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އަޅެފަހެ ކަލޭގެފާނު އީމާންވެވަޑައި ނުގަންނަވަނީތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އެއްގޮތަކަށްވެސް އެހެންނޫނެވެ. އީމާންވަމެވެ. އަދި ކިއެއްތޯއެވެ؟ މިއަޅާގެ ހިތަށް ހަމަޖެހުން ގެނައުމަށްޓަކައެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ދޫނީގެތެރެއިން ހަތަރު ދޫންޏެއް ހިތްޕަވާށެވެ! ދެން ކަލޭގެފާނު އެތަކެތި ކަތިލައްވައި ކުދިކޮށްކޮއްޓަވައި އެއްކުރައްވައި މައްސުނިކޮށްލައްވާށެވެ! ދެން ކޮންމެ ފަރުބަދައެއްގެމައްޗަށް އެއިން ބައެއް ލައްވާށެވެ! ދެން ކަލޭގެފާނު އެތަކެއްޗަށް ގޮވާލައްވާށެވެ! (ވިދާޅުވާށެވެ!) އޭރުން ކަލޭގެފާނުންގެ އަރިހަށް އެތަކެތި ދުވެފައި އަންނާނެއެވެ. އަދި ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ تعالى އީ عِزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
2:261
مَّثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتْ سَبْعَ سَنَابِلَ فِى كُلِّ سُنۢبُلَةٍ مِّا۟ئَةُ حَبَّةٍ ۗ وَٱللَّهُ يُضَـٰعِفُ لِمَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ
Mas̤alul laẓeena yunñfiq̣oona ʹamwaalahum fee Sabeelil laahi kamas̤ali ḥabbatin ʹambatat sabʻa sanaabila fee kulli sumbulatim miʹatu ḥabbah. Wallaahu yuḍaaʻifu limany yashaaaʹ. Wallaahu Waasiʻun ʻAleem.
ﷲ ގެމަގުގައި ތިމާމެންގެ މުދާ ހޭދަކުރާމީހުންގެ މިސާލަކީ، އެމީހުންގެ އެ عمل ގެ މިސާލަކީ، އިންދި އޮށްޓަރެއްގެ މިސާލެވެ. ދެން އެއޮށުން ހަތްކުރާގަނޑު ނުކުމެ ކޮންމެ ކުރާގަނޑަކު ސަތޭކައޮށްވާ މުޑުވަކެއް އިންދި މީހެއްގެ މިސާލެވެ. އޭނާ އިންދި އެންމެ އޮށަކުން ހަތްސަތޭކައޮށް ލިބުނީއެވެ. ﷲ ގެ މަގުގައި ހޭދަކުރާމީހާވެސް އޭނާ ހޭދަކުރާ ކުޑައެތިކޮޅުގެ ثواب އާއި ދަރުމަ އެހާގިނަކޮށްލައްވައެވެ. އަދި އޭނާގެ إخلاص ތެރިކަން ހުރިވަރަކުން ﷲ އަދި މިއަށްވުރެވެސް އިތުރުކޮށްދެއްވައެވެ. އެކަލާނގެ އެދިވޮޑިގަންނަވާވަރަކަށް އިތުރުކޮށްދެއްވައެވެ. އަދި ﷲ އީ ދެއްވުން ތަނަވަސްވެވޮޑިގެންވާ އަދި ދެއްވަންވީ ފަރާތެއްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
2:262
ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ ثُمَّ لَا يُتْبِعُونَ مَآ أَنفَقُوا۟ مَنًّا وَلَآ أَذًى ۙ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ʹAllaẓeena yuñfiq̣oona ʹamwaalahum fee Sabeelil laahi s̤umma laa- yutbiʻoona maaa ʹañfaq̣oo mannañw walaaa ʹaẓal lahum ʹajruhum ʻiñda Rabbihim; wa-laa khawfun ʻalayhim wa-laa hum yaḥzanoon.
އަދި ތިމާމެންގެ މުދާ ﷲ ގެމަގުގައި ހޭދަކުރާމީހުން އެމީހުން ހޭދަކުރުމުގައި އެއްވެސްކަލަގޮވުމެއް އަދި އުނދަގުލެއް ބޮޑާކަމެއް ހުތުރުއެއްޗެތިކިއުމެއް އެކުލެވިގެންނުވާނަމަ އެފަދަ މީހުންނަށް އެމީހުންގެ رَبّ ގެ حضرة ގައި އެމީހުންގެ އެހެޔޮ عمل ގެދަރުމަ ހުންނަހުއްޓެވެ. އަދި قيامة ދުވަހުން އެމީހުންނަށް އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައިވެސް އެމީހުން ނުވެއެވެ.
-
2:263
۞ قَوْلٌ مَّعْرُوفٌ وَمَغْفِرَةٌ خَيْرٌ مِّن صَدَقَةٍ يَتْبَعُهَآ أَذًى ۗ وَٱللَّهُ غَنِىٌّ حَلِيمٌ
Q̣awlum maʻroofuñw wamag̣firatun khayrum miñ ṣadaq̣atiñ yatbaʻuhaaa ʹaẓaa. Wallaahu G̣aniyyun Ḥaleem.
އެއްވެސްބާވަތެއްގެ ކަލަގޮވުމެއް ނުވަތަ އުނދަގުލެއް އެކުލެވިގެންވާ صدقة އަކަށްވުރެ (ސަލާމްޖަހާމީހަކަށްވެސް) ހެޔޮބަހެއް ބުނުން ނުވަތަ އަދި އޭނާގެ عَيْبُ ނިވައިކޮށްދީ عَفُو ކޮށްދިނުން މާހެޔޮވެގެންވެއެވެ. އަދި ﷲ އީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ކުއްލިއަކަށް عَذَاب ނުފޮނުއްވާ ކޯފާމަޑު ކަލާނގެއެވެ. * ދަންނައެވެ! ސަލާންޖަހާމީހާއަށް ދޭނެ މިންވަރެއް ތިމާއަތުގައި ނެތިއްޔާ އޭނާގެ ހިތްބަރުވާފަދަ ކަލިމަތަކުން އޭނާއަށް مُخَاطَبُ ނުކުރެއްވުން އެދެވިގެންވެއެވެ. އަދިކިއެއްތޯއެވެ؟ ރިވެތިގޮތުގައި އޭނާއަށް مُخَاطَبُ ކޮށް ﷲ ގެ حَضْرَةُ ން އެންމެފުރަތަމަވެސް ކަންކަމަށް އެދެން އޭނާއަށް ދަސްކޮށްދީ އެފަރާތަށް ކުރިމަތިލުމަށް އޭނާއަށް ވިސްނައިދިނުން އެދެވިގެންވެއެވެ. އަދި އޭނާމާބޮޑަށް އާދޭސްކުރާނަމަ އެވާހަކަ އެހެންމީހުން ގާތު އެނާއަށް ހުތުރުވާގޮތަށް ނުދައްކައި އެބާވަތުގެ ޢައިބު ނިވައިކޮށްދީ އޭނާއަށް މާފުކޮށްދިނުން ހުރިހާގޮތަކުންވެސް އައުލާވެގެންވެއެވެ. އަދި އޭނާއަށް އެއްޗެއްދީފައިވާނަމަވެސް އެވާކައޭނާއާއިދިމާއަށްގޮވާ ކަލަގޮވުން އެވަނީ ރުހިވޮޑި ނުގަންނަވާކަމެއްކަން މިއާޔަތުންވެސް އަންގަވާ ހަނދާންކޮށްދެއްވާފައެވެ. އަދި ކަލަގޮވުމަކީ صَدَقَة بَاطِلُ ވާކަމެއްކަން ހަނދުމަފުޅުކުރައްވާށެވެ!
-
2:264
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَـٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ فَمَثَلُهُۥ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُۥ وَابِلٌ فَتَرَكَهُۥ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَىْءٍ مِّمَّا كَسَبُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ
Yaaaʹayyuhal laẓeena aamanoo laa- tubṭiloo ṣadaq̣aatikum̃ bilmanni wal-ʹaẓaa kallaẓee yuñfiq̣u maa-lahoo riʹaaaʹan naasi wa-laa yuʹminu billaahi wal-Yawmil ʹAakhir. Famas̤aluhoo kamas̤ali ṣafwaanin ʻalayhi turaabuñ faʹaṣaabahoo waabiluñ fatarakahoo ṣaldaa. Laa- yaq̣diroona ʻalaa shayʹim mimmaa kasaboo. Wallaahu laa- yahdil q̣awmal kaafireen.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމާއި އަދި ހުތުރުބަސްބުނެ އުނދަގޫކޮށް ބޮޑާވެގެން މިކަންކަމުން ކަލޭމެން ކުރާ صدقة، باطل ނުކުރާށެވެ! މީގެމާނައަކީ صدقة ދީފައި ދިންވާހަކަ ގޮވާ އަދި صدقة ހިފާ ފަރާތަށް އުނދަގޫވާފަދަ ކަންތައްކުރުމުން صدقة، باطل ވާނެވާހަކައެވެ. އެއަށް ثواب ނުލިބިދާނެ ވާހަކައެވެ. އެފަދަ މީހުންގެ މިސާލަކީ ދެއްކުމަށް ހޭދަކުރާމީހާގެ މިސާލެވެ. އަދި އޭނާ ﷲ އަށާއި آخرة ދުވަހަށް އީމާންނުވާމީހާ ފަދައެވެ. އޭނާ ކުރާ ހޭދައިގެ މިސާލަކީ އޭގެމަތީގައި ވެލިހުރި ހަރު އޮމާން ހިލަގަނޑަކަށް ވާރޭވެހުނީމާ ވެލިކޮޅު ފައިބައިގެންދާ މިސާލެވެ. ދެން އެހިލަގަނޑު ހަމަ ހަރުހިލަގަނޑަކަށް އޮތުމެވެ. އޭގައި ގަހެއް ފެޅުމުގެ إمكان އެއްނުވެއެވެ. އެމީހުންނަށް - އެބަހީ ކަލަގޮވިމީހާއާއި އުނދަގޫކޮށްފާ صدقة ދޭމީހާއާއި އަދި ދެއްކުމަށް ހޭދަކުރާ މީހާއާއި މިމީސްމީހުންކުރާ ހެޔޮ عمل ން / ކުރާ ހޭދައިން އެއްވެސް ދަރުމައެއް ثواب އެއް حاصل ކުރުމަށް އެމީހުންނަށް ކުޅަދާނަވެގެން ނުވެއެވެ. އަދި ކާފަރުވެއްޖެ ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ.
-
2:265
وَمَثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ وَتَثْبِيتًا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةٍۭ بِرَبْوَةٍ أَصَابَهَا وَابِلٌ فَـَٔاتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌ فَطَلٌّ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
Wa-mas̤alul laẓeena yuñfiq̣oonaʹ amwaalahu mubtig̣aaaʹa marḍaatil laahi wa-tas̤beetam min ʹañfusihim kamas̤ali jannatim birabwatin ʹaṣaabahaa waabiluñ faʹaatat ʹukulahaa ḍiʻfayn. Faʹil lam yuṣibhaa waabiluñ faṭall . Wallaahu bimaa taʻmaloona Baṣeer.
އަދި ﷲ ގެ ރުހިވޮޑިގަތުން އެދިގެންނާއި އަދި ތިމާމެންގެ نفس ތައް އީމާންކަމާއި طَاعَة ގެމައްޗަށް ގަދަކޮށް ސާބިތުކުރުމަށްޓަކައި ތިމާމެންގެ މުދާހޭދަކުރާމީހުންގެ މިސާލަކީ އެމީހުން އެކުރާ عمل ގެ މިސާލަކީ ހަމަބިމަށްވުރެ ކުޑަކޮށް އުފުލިފައިވާތާކުއޮތް ބަގީޗާއެއްގެ މިސާލެވެ. އަދި އެބަގީޗާއަށް ބޯވަރޭވެހި އޭގެ ގަސްގަހުގެ ނަތީޖާ (މަތިވަރު) ޑަބަލްވެގެން އައި ބަގީޗާއެކެވެ. އަދި ބޯކޮށްވާރޭ ނުވެހުނުނަމަ ތުނިކޮށް ހިމަފޮދުވާރޭ ވެހުނަސް ގަސްތަކުގެ މަތިވަރު އެހާ ފައްކާ ބަގީޗާއެއްގެ މިސާލެވެ. އަދި ﷲ تعالى ކަލޭމެންކުރާ ކަންތަކަށް ބައްލަވާވޮޑިގެންވެއެވެ. މިމިސާލުގައި މިބަޔާންކުރައްވަނީ ﷲ ގެ ރުހިވޮޑިގަތުން އެދިގެން މުދާހޭދަކުރާމީހާގެ މިސާލެކެވެ. އޭނާ އެހޭދަކުރާ އެތި ކިތަންމެގިނަޔަސް އަދި މަދުއެތިކޮޅެއްނަމަވެސް އޭގެ ثواب އާއި ދަރުމަ މަދުނުކުރައްވައެވެ. ބަގީޗާއަށް ބޯވާރޭނުވެހި ހިމަފޮދުވާރޭވެހުނަސް ބަގީޗާގެމަތިވަރު ގިނަވާގޮތަށެވެ.
-
2:266
أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُۥ جَنَّةٌ مِّن نَّخِيلٍ وَأَعْنَابٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ لَهُۥ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَأَصَابَهُ ٱلْكِبَرُ وَلَهُۥ ذُرِّيَّةٌ ضُعَفَآءُ فَأَصَابَهَآ إِعْصَارٌ فِيهِ نَارٌ فَٱحْتَرَقَتْ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَتَفَكَّرُونَ
ʹAyawaddu ʹaḥadukum ʹañ takoona lahoo jannatum min nakheeliñw waʹaʻnaabiñ tajree miñ taḥtihal ʹanhaaru lahoo feehaa miñ kullis̤ s̤amaraati wa-ʹaṣaa-bahul kibaru wa-lahoo ẓurriyyatuñ ḍuʻafaaaʹu faʹaṣaabahaaa ʹiʻṣaaruñ feehi naaruñ faḥtaraq̣at? Kaẓaalika yubayyinul laahu lakumul ʹaayaati laʻallakum tatafakkaroon.
ކަލޭމެންކުރެ އެކަކަށްވެސް ކަދުރާއި މޭބިސްކަދުރުގެ ބަގީޗާއެއް އޮވެފައި އަދި އެ ގަސްތަކުގެ ދަށުގައި ފެންހިނގާ އާރެއް އޮވެ އަދި އޭނާޔަށް އެބަގީޗާއިން ހުރިހާ ބާވަތެއްގެ މަތިވަރު ލިބިލިބިއޮތުމަށްފަހު އޭނާ މުސްކުޅިވެ ގައިބާރުދެރަވެ އަދި ކުޑަކުޑަ ކުދިންކޮޅެއް ތިބުމާއެކު އެބަގީޗާއަށް ގަދަވަޔާއި އަދި އޭގައި އަލިފާން ހުރި ނަގޫރޯޅިއައިސް ބަގީޗާ އަންދާލައި ހަލާކުކޮށްލިކަހަލަ ބަގީޗާއެއް އޮތުމަށް ލޯބިކުރަމުހެއްޔެވެ؟ (ލޯބި ނުކުރާނެއެވެ.) ﷲ تعالى ކަލޭމެނަށް އެކަލާނގެ އާޔަތްތައް بَيَان ކޮށްދެއްވަނީ ކަލޭމެން ވިސްނާ فكر ކުރުމަށްޓަކައެވެ. ދަންނައެވެ! މިމިސާލަކީ منافق މީހާކުރާ ހޭދައިގެ މިސާލެކެވެ. އޭނާކުރާ ހޭދަޔާ މީހުންނަށް ދޭދިނުންތަކުން މީސްތަކުން އޭނާޔަށް ތާރީފުކުރެއެވެ. އެބަޔާން ކުރެއްވި ބަގީޗާގައިހުރި ރަނގަޅުކަން އޭނާގެ عمل ގައިވެސް ހުރިފަދައެވެ. ދެންފަހެ ﷲ تعالى އޭނާގެ نور ނިވައިލައި އޭނާގެ عمل ގެ ދަރުމަ باطل ކުރައްވައި އެއަށް ބޭނުންވީހިނދު އެބަހީ قيامة ދުވަހުން އެ عمل ގައި އެއްވެސް ބަރަކާތެއްނެތި باطل ވެގެން ދިޔައީއެވެ. އަލިފާންހުރި ވައިއައިސް ބަގީޗާ އަންދާލިފަދައިންނެވެ. والله أعلم.
-
2:267
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَـٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ ۖ وَلَا تَيَمَّمُوا۟ ٱلْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِـَٔاخِذِيهِ إِلَّآ أَن تُغْمِضُوا۟ فِيهِ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَنِىٌّ حَمِيدٌ
Yaaaʹayyuhal laẓeena ʹaamanooo ʹañfiq̣oo miñ ṭayyibaati maa- kasabtum wa-mimmaaa ʹakhrajnaa lakum minal ʹarḍ. Wa-laa tayammamul khabees̤a minhu tuñfiq̣oona wa-lastum̃ biʹaakhiẓeehi ʹillaaa ʹañ tug̣miḍoo feeh. Waʻlamooo ʹannal laaha G̣aniyyun Ḥameed.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންކުރި މަސައްކަތަކުން حاصل ވި ރަނގަޅު حلال ތަކެތީން ހޭދަކުރާށެވެ! އަދި ތިމަންރަސްކަލާނގެ ކަލޭމެނަށްޓަކައި ބިމުން ނެރެދެއްވި ތަކެތީންވެސް ރަނގަޅު حلال ތަކެތި ހޭދަކުރާށެވެ! މޭވާޔާއި އޮއްޓާރާއި ދެންވެސް ބިމުގެ مَعْدن އާއި رِكَاز ފަދަ ތަކެތީގެ ރަނގަޅުތަކެތި ހޭދަކުރާށެވެ! އަދި އޭގެތެރޭގައި ހުރި ވިޔާނުދާ ނުބައިތަކެތި އަދި حرام ތަކެތި ހޭދަކުރުމަށް قصد ނުކުރާށެވެ! އެފަދަ ދެރަ ވިޔާނުދާ އެއްޗެއް އެހެންމީހަކު ކަލޭމެނަށްދިނަސް އެއެއް ކަލޭމެން ހިފާނީ މަދު އަދި އުނިއެއްޗެއްގެ ގޮތުގައި ދެރަވެގެން ހުރެއެވެ. އަދި ﷲ އީ އަމިއްލަ ޒާތުފުޅަށް ފުދިވޮޑިގެންވާ އަދި އެކަލާނގެ ހިންގަވާކަންކަމަށް ތާރީފާ ثناء ލިބިވޮޑިގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!
-
2:268
ٱلشَّيْطَـٰنُ يَعِدُكُمُ ٱلْفَقْرَ وَيَأْمُرُكُم بِٱلْفَحْشَآءِ ۖ وَٱللَّهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًا ۗ وَٱللَّهُ وَٰسِعٌ عَلِيمٌ
ʹAsh-Shayṭaanu yaʻidukumul faq̣ra wa-yaʹmurukum̃ bil-faḥshaaaʹ. Wallaahu yaʻidukum mag̣firatam minhu wa-faḍlaa. Wallaahu Waasiʻun ʻAleem.
އޭ މީސްތަކުންނޭވެ! ކަލޭމެން ޒަކާތްދީ صدقة ދީ އަދި މިނޫންވެސް ﷲ ގެ މަގުގައި މުދާހޭދަކުރުމުން فقير ވާނެކަމަށް ސައިޠާނު ކަލޭމެންނަށް وعد ކުރެއެވެ. އަދި އެސޮރު ކަލޭމެނަށް أمر ކުރަނީ فاحِش ކަންތައް ކުރުމަށެވެ. ﷲ އަށް އުރެދެވޭ ކަންތައްތައް ކުރުމަށެވެ. އަދި ﷲ ކަލޭމެންނަށް وعد ކުރައްވަނީ އެކަލާނގެ ކަލޭމެންނަށް ފާފަފުއްސެވުމަށާއި އަދި ކަލޭމެން އެކަލާނގެ މަގުގައި ކުރާ ހޭދަތަކަށް ގިނަގުނަ ދަރުމަޔާއި ثواب ދެއްވައި ރިޒުގު ތަނަވަސްކުރެއްވުމަށެވެ.
-
2:269
يُؤْتِى ٱلْحِكْمَةَ مَن يَشَآءُ ۚ وَمَن يُؤْتَ ٱلْحِكْمَةَ فَقَدْ أُوتِىَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ
Yuʻtil Ḥikmata mañy yashaaaʹ: Wa-mañy yuʹtal Ḥikmata faq̣ad ʹootiya khayrañ kas̤eeraa. Wa-maa yaẓẓakkaru ʹillaaa ʹulul ʹalbaab.
އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ حكمة ދެއްވައެވެ. އެއީ ބަހާއި عمل ގައި ސީދާވުމުގެ توفيق ދެއްވުމެވެ. ނުވަތަ ނަބީކަމާއި ފޮތެވެ. ނުވަތަ قرآن އާއި فقه އެވެ. ދެންފަހެ އެމީހަކަށް حكمة ދެއްވުނު މީހަކަށް ހަމަކަށަވަރުންވެސް އެދެވުނީ ގިނަވެގެންވާ ހެވެވެ. އަދި ﷲ ގެ އާޔަތްތަކުން ބުއްދިވެރިންނޫނީ نصيحة އާ وعظ ލިބި ނުގަނެއެވެ.
-
2:270
وَمَآ أَنفَقْتُم مِّن نَّفَقَةٍ أَوْ نَذَرْتُم مِّن نَّذْرٍ فَإِنَّ ٱللَّهَ يَعْلَمُهُۥ ۗ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ
Wa-maaa ʹañfaq̣tum min nafaq̣atin ʹaw naẓartum min naẓriñ faʹinnal laaha yaʻlamuh. Wa-maa liz̤̣z̤̣aalimeena min ʹañṣaar.
އަދި ކަލޭމެން صدقة އާއި ހެޔޮކަމުގެތެރެއިން ކުރި ކޮންމެ ހޭދައެއް އަދި ނަދުރުގެތެރެއިން ކަލޭމެން ބުނި ކޮންމެ ނަދުރެއް އެއީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ކުރިކަމެއްތޯ ނުވަތަ ބަޔަކަށް ދައްކަންކުރިކަމެއްތޯ މިހުރިހާކަމެއް ﷲ ދެނެވޮޑިގަންނަވައެވެ. އަދި އަނިޔާވެރިންނަށް قيامة ދުވަހުން އެއްވެސް نصر ވެރިޔަކު ނުވެއެވެ.
-
2:271
إِن تُبْدُوا۟ ٱلصَّدَقَـٰتِ فَنِعِمَّا هِىَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا ٱلْفُقَرَآءَ فَهُوَ خَيْرٌ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّـَٔاتِكُمْ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
ʹIñ tubduṣ Ṣadaq̣aati faniʻimmaa hee; Wa-ʹiñ tukhfoohaa wa-tuʹtoohal fuq̣araaaʹa fahuwa khayrul lakum: wa-yukaffiru ʻankum miñ sayyiʹaatikum. Wallaahu bimaa taʻmaloona Khabeer.
ކަލޭމެން صدقة ދޭއިރު މީހުންނަށް އެނގޭގޮތަށް ފާޅުކޮށްދިނަސް އެއީވެސް ހަމަރަނގަޅުގޮތެކެވެ. އަދި ކަލޭމެން صدقة އަށް އެދޭ އެއްޗެއް މީހުންނަށް ނޭނގޭގޮތަށް ވަންހަނާކޮށްފައި ކޮންމެވެސް فقير ބަޔަކަށް އެއެއްޗެއްދިނުން ކަލޭމެންނަށް މާހެޔޮވެގެންވެއެވެ. މިއީ سنّة صدقة ގެ قواعد އެވެ. ސުންނަތް صدقة މޮޅުއިތުރީ ސިއްރުން ދިނުމެވެ. ނަމަވެސް فرض ޒަކާތް މޮޅުއިތުރުވެގެންވަނީ ފާޅުގައި ދިނުންކަމަށް علم ވެރިން ވިދާޅުވެއެވެ. والله أعلم. އަދި އެކަލާނގެ ކަލޭމެންގެ ފާފައިގެތެރެއިން ބައެއް ކުށްފާފަ ފުއްސަވައެވެ. އެއީ އެކަލާނގެ އެދިވޮޑިގަންނަވާ މިންވަރަކަށެވެ. އަދި ﷲ تعالى ކަލޭމެން ކުރާ ކަންތަކުގެ خبر މޮޅަށް ދެނެވޮޑިގެންވެއެވެ.
-
2:272
۞ لَّيْسَ عَلَيْكَ هُدَىٰهُمْ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۗ وَمَا تُنفِقُوا۟ مِنْ خَيْرٍ فَلِأَنفُسِكُمْ ۚ وَمَا تُنفِقُونَ إِلَّا ٱبْتِغَآءَ وَجْهِ ٱللَّهِ ۚ وَمَا تُنفِقُوا۟ مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ
Laysa ʻalayka hudaahum wa-laakinnal laaha yahdee mañy yashaaaʹ. Wa-maa tuñfiq̣oo min khayriñ faliʹañfusikum: wa-maa tuñfiq̣oona ʹillab tig̣aaaʹa Wajhil laah. Wa-maa tuñfiq̣oo min khayriñy yuwaffa ʹilaykum waʹañtum laa- tuz̤̣lamoon.
އޭ رَسول ﷲ އެވެ! އެމީހުންނަށް ތެދުމަގު ދެއްކެވުމަކީ ކަލޭގެފާނުންގެ واجب އެއްނޫނެވެ. އެބަހީ އެމީހުންގެ ހިތްތަކަށް ތެދުމަގު واصل ކޮށްދެއްވުން އެއީ ހަމައެކަނި ތިމަންރަސްކަލާނގެއަށް އޮތް ކަމެކެވެ. މިއީ هِداية توفيق އެވެ. رسول ބޭކަލުންނަށާއި ދަންނަމީހުންނަށް ތެދުމަގު بَيَان ކޮށްދެވޭނީއެވެ. އެއީ هِدَايَة الإرْشَاد والبَيَان އެވެ. މިވާހަކަ އަހުރެން دُرُوسٌ مِن التّوحيد ކިޔާފޮތުގައި ރަނގަޅަށް بيان ކޮށްދީފައިވާނެއެވެ. އިތުރަށް އެދޭމީހަކު އެފޮތުން ބަލާށެވެ! ދެންފަހެ ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ތެދުމަގުދައްކަވައެވެ. ވާސިލުކޮށްދެއްވައެވެ. އަދި ހެޔޮކަމުގެތެރެއިން ކަލޭމެން ހޭދަކުރިއެއްޗެއްގެ ދަރުމަޔާއި ثواب ކަލޭމެންގެ نفس ތަކަށް ލިބޭހުއްޓެވެ. އަދި ﷲ تعالى ގެ ރުހިވޮޑިގަތުން އެދިގެން މެނުވީ ކަލޭމެން مؤمن ން صَدَقَة ނުކުރެއެވެ. ނުވަތަ صَدَقَة ނުކުރާށެވެ! އަދި އެގޮތުން ކަލޭމެން ހެޔޮގޮތުގައި ކުރާ ކޮންމެ ހޭދަޔަކަށްވެސް އޭގެ ބަރާބަރު ދަރުމަޔާއި ثواب ލިބޭހުއްޓެވެ. އަދި ކަލޭމެންނަށް އަނިޔާނުވެވޭނެއެވެ.
-
2:273
لِلْفُقَرَآءِ ٱلَّذِينَ أُحْصِرُوا۟ فِى سَبِيلِ ٱللَّهِ لَا يَسْتَطِيعُونَ ضَرْبًا فِى ٱلْأَرْضِ يَحْسَبُهُمُ ٱلْجَاهِلُ أَغْنِيَآءَ مِنَ ٱلتَّعَفُّفِ تَعْرِفُهُم بِسِيمَـٰهُمْ لَا يَسْـَٔلُونَ ٱلنَّاسَ إِلْحَافًا ۗ وَمَا تُنفِقُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
Lil-fuq̣araaaʹil laẓeena ʹuḥṣiroo fee Sabeeli laahi laa- yastaṭeeʻoona ḍarbañ fil ʹarḍiyaḥ sabuhumul jaahilu ʹag̣niyaaaʹa minat taʻaffuf. Taʻrifuhum̃ biseemaahum laa- yasʹaloonan naasa ʹilḥaafaa. Wa-maa tuñfiq̣oo min khayriñ faʹinnal laaha bihee ʻAleem.
ކަލޭމެން ހެޔޮގޮތުގައި ކުރާ ހޭދަ ﷲ ގެ މަގުގައި ބަންދުވެ ހިފެހެއްޓިފައިވާ فقير ންނަށް ދޭހުށިކަމެވެ! އެއީ رَسول ﷲ ﷺ ގެ އަރިހުގައި المَدِ يْنَة އަށް هجرة އަށްގޮސްތިބި فقير مُهَاجِرُ ންކަމުގައި ބައެއް ބޭކަލުން ވިދާޅުވެއެވެ. ނުވަތަ ހަނގުރާމައިގައި އުޅޭ فقير ން ކަމުގައިވެސް ބައެއް ބޭކަލުން ވިދާޅުވެއެވެ. މިދެގޮތްވެސް ހަމަ جائز އެވެ. އެމީހުންނަށް ބިމުގައި ދަތުރުފަތުރުކޮށް ﷲ ގެ فضل ވަންތަކަން ހޯދުމަށް ކުޅަދާނަނުވެއެވެ. އަދި ތަންދޮރު ނޭނގޭމީހުން ހީކުރާނީ އެމީހުންނަކީ މުއްސަނދިންކަމަށެވެ. އެއީ އެމީހުން عِفَّة ތެރިކަމުން މީހުންނާ ސަލާމްޖަހާ އާދޭސް ނުކުރާތީއެވެ. އެމީހުންނަށް ކަލޭމެން سنّة صدقة ދީ ހަދާށެވެ! އަދި ހެޔޮކަމުގެތެރެއިން ކަލޭމެން ކުރިއްޔާ ކުރި خرد އެއް ހޭދައެއް އެއެއްޗެއް ފުރިހަމައަށް ﷲ ދެނެވޮޑިގެންވެއެވެ.
-
2:274
ٱلَّذِينَ يُنفِقُونَ أَمْوَٰلَهُم بِٱلَّيْلِ وَٱلنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ʹAllaẓeena yuñfiq̣oona ʹamwaalahum̃ billayli wan-nahaari sirrañw waʻalaaniyatañ falahum ʹajruhum ʻiñda Rabbihim: wa-laa khawfun ʻalayhim wa-laa hum yaḥzanoon.
ތިމާމެން ތިމާމެންގެ މުދާ ﷲ ގެ މަގުގައި ރޭގަނޑާއި ދުވާލު އަދި ސިއްރާއި ފައުޅުގައި ހޭދަކުރާ މީހުން (ދަންނައެވެ!) ފަހެ އެމީހުންގެ رَبّ ގެ حضرة ގައި އެމީހުންގެ ދަރުމަޔާއި ثواب ވެއެވެ. އެމީހުންނަށް قيامة ދުވަހުން ލިބޭހުއްޓެވެ. އެމީހުންނަކީ އެމީހުންގެމައްޗަށް އެދުވަހުން އެއްވެސް ބިރެއްނެތް ބައެކެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
-
2:275
ٱلَّذِينَ يَأْكُلُونَ ٱلرِّبَوٰا۟ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِى يَتَخَبَّطُهُ ٱلشَّيْطَـٰنُ مِنَ ٱلْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوٓا۟ إِنَّمَا ٱلْبَيْعُ مِثْلُ ٱلرِّبَوٰا۟ ۗ وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ فَمَن جَآءَهُۥ مَوْعِظَةٌ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمْرُهُۥٓ إِلَى ٱللَّهِ ۖ وَمَنْ عَادَ فَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ
ʹAllaẓeena yaʹkuloonar Ribaa laa- yaq̣oomoona ʹillaa kamaa yaq̣oomul laẓee yatakhabbaṭuhush Shayṭanu minal mass. Ẓaalika biʹannahum q̣alooo ʹinnamal Bayʻu mis̤lur Riba. Wa-ʹaḥallal laahul Bayʻa waḥarramar Riba. Famañ jaaaʹahoo mawʻiz̤̣atum mir Rabbihee fañtahaa falahoo maa- salaf: wa-ʹamruhooo ʹilal laah. Wa-man ʻaada faʹulaaaʹika ʹAṣḥaabun Naar: hum feehaa khaalidoon.
ރިބާކައި ރިބާގެ مُعَامَلة ކުރާމީހުން ދަންނައެވެ! قِيَامة ދުވަހުން ކައްވަޅުތަކުން ނުކުމެގެން ސައިޠާނާ އެމީހުން ގައި ބީހުމުގެ ސަބަބުން ބޯސަކަރާތްވެ މޮޔަވެގެންވާމީހަކު ތެދުވާފަދައިން މެނުވީ އެމީހުންނަށް ނުތެދުވެވޭނެއެވެ. އެމީހުން محشر ގެ ميدان އަށް ދާނީ ވެއްޓެމުންޖެހެމުން މޮޔަޔަކު ދާފަދައިންނެވެ. އެމީހުންނަށް އެހެން އެވާންދިމާވީ ހަމަކަށަވަރުން ވިޔަފާރިއެކޭ ރިބާއެކޭ ހަމައެއްގޮތޭ އެއްފަދައޭ އެމީހުން ބުނުމުގެ ސަބަބުންނެވެ. އަދި އެކަމަކު ﷲ تعالى ވަނީ ވިޔަފާރިޔާއި ވިޔަފާރީގެ ފައިދާ حلال ކުރައްވާފައެވެ. އަދި ރިބާ حرام ކުރައްވާފައެވެ. ފަހެ އެމީހެއްގެ ގާތަށް އެމީހެއްގެ رَبّ ގެ حضرة ން نصيحة އާއި وعظ އަތުވެއްޖެމީހާ ރިބާގެ حكم އިވިއްޖެމީހާ ދެން އެއަށްފަހު އޭނާ ރިބާކެއުމާއި ރިބާގެ مُعَامَلة ހުއްޓާލައިފިއްޔާ ދެން އޭގެކުރީގައި އޭނާގެ ކިބައިން އިސްވެދިޔަ ކަންތައް ދެން އިސްވެދިޔައީއެވެ. އޭނާގެ ކަންތައް ﷲ އިރާދަކުރެއްވިގޮތަކަށް ނިންމަވައިފާނެއެވެ. އެކަމަކު އޭގެ حكم އެނގުމަށްފަހު އަލުންވެސް ރިބާގެ مُعَامَلة އަށް ވަދެގެންފިމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާނގައެވެ.
-
2:276
يَمْحَقُ ٱللَّهُ ٱلرِّبَوٰا۟ وَيُرْبِى ٱلصَّدَقَـٰتِ ۗ وَٱللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ
Yamḥaq̣ul laahur Ribaa wa-yurbiṣ ṣadaq̣aat. Wallaahu laa- yuḥibbu kulla kaffaarin ʹas̤eem.
ﷲ تعالى ރިބާގެ ފައިދާ މަދުކުރައްވާ ބަރަކާތް ކަނޑުއްވައެވެ. އަދި صَدَقَة ގެ ފައިދާ އެކަލާނގެ ގިނަކުރައްވައި ބަރަކާތްލައްވައެވެ. އަދި ކާފަރުވުންބޮޑު ފާފަކުރުންގިނަ އެއްވެސްމީހަކަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
-
2:277
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati wa-ʹaq̣aamuṣ Ṣalaata wa-ʹaata-wuz Zakaata lahum ʹajruhum ʻiñda Rabbihim: wa-laa kawfun ʻalayhim wa-laa hum yaḥzanoon.
ހަމަކަށަވަރުން އީމާންވެ صَالح عمل ކުރި މީސްތަކުން އަދި އެމީހުން ނަމާދު قائم ކޮށް އަދި ޒަކާތްދީހެދި މީހުންނަށް އެމީހުންގެ رَبُّ ގެ حضرة ގައި ދަރުމަޔާއި ثواب ހުއްޓެވެ. އަދި قيامة ދުވަހުން އެމީހުންގެ މައްޗަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭބަޔަކު ކަމުގައި އެމީހުން ނުވެއެވެ.
-
2:278
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَذَرُوا۟ مَا بَقِىَ مِنَ ٱلرِّبَوٰٓا۟ إِن كُنتُم مُّؤْمِنِينَ
Yaaaʹayyuhal laẓeena ʹaamanut taq̣ul laaha waẓaroo maa- baq̣iya minar Ribaaa ʹiñ kuñtum Muʹmineen.
އޭ އީމާންވެގެންވާ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ރިބާއިން އިތުރު ވެފައިވާ ތަކެތި ކަލޭމެން ދޫކޮށްލާށެވެ! ކަލޭމެންނީ مؤمن ންކަމުގައިވަންޏާއެވެ.
-
2:279
فَإِن لَّمْ تَفْعَلُوا۟ فَأْذَنُوا۟ بِحَرْبٍ مِّنَ ٱللَّهِ وَرَسُولِهِۦ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَٰلِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ
Faʹil lam tafʻaloo faʹ-ẓanoo biḥarbim minal laahi wa-Rasoolih: wa-ʹiñ tubtum falakum ruʹoosu ʹamwaaalikum: laa- taz̤̣limoona wa-laa tuz̤̣lamoon.
އަދި ކަލޭމެން އެބައި ދޫނުކުރަންޏާ ދެން ﷲ އާއި އެކަލާނގެ رَسول އާ ގެފަރާތްޕުޅުން ހަނގުރާމައެއް އަތުވެދާނެކަމަށް ޔަޤިންކޮށްބިރުވެތިވެތި ވާހުށިކަމެވެ. އަދި ކަލޭމެން توبة ވެ إصلاح ވެއްޖެއްޔާ ދެން ކަލޭމެންނަށް ހުންނަންވާނީ، ކަލޭމެން ބޭނުންކުރަންވާނީ رَأسْمال އެވެ. أصل ކެޕިޓަލެވެ. ކަލޭމެން ދަރަންޏަށް ދިންވަރެވެ. ކަލޭމެން މީހަކަށް އަނިޔާ ނުކުރާ حال ގައެވެ. އެބަހީ ކަލޭމެން މީހަކަށް މަދުނުކޮށް އަދި އެހެންމީހަކު ކަލޭމެނަށްވެސް މަދުނުކޮށެވެ. އެބަހީ އެއްވެސްގޮތަކުން އެއްވެސް ފަރާތަކަށް ގެއްލުން ނުކޮށެވެ.
-
2:280
وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ ۚ وَأَن تَصَدَّقُوا۟ خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ
Wa-ʹiñ kaana ẓoo ʻusratiñ fanaz̤̣iratun ʻilaa maysarah. Wa-ʹañ taṣaddaq̣oo khayrul lakum ʹiñ kuñtum taʻlamoon.
އަދި ކަލޭމެންއަތުން ދަރަނިގެންދިޔަމީހާއީ އަތްމަތިދަތި އަދާކުރުމަށް އުނދަގޫވެފައިވާ މީހެއްނަމަ އޭނާޔަށް ލުއިވެ ތަނަވަސްވެލަންދެން إنتطار ކޮށްލުން މުދަލުގެ ވެރިންނަށް (ދަރަނި ލިބެންވާފާރަތަށް) ހެޔޮވެގެންވެއެވެ. ނަމަވެސް ރިބާ ނުވާގޮތަށެވެ. ޕަސެންޓް އިތުރު ނުވާގޮތަށެވެ. އަދި ކަލޭމެންނަށް އޭނާ ދޭން އޮތް ދަރަނި صدقة ގެގޮތުން ކަނޑައިލުން މާހެޔޮވެގެންވެއެވެ. އެގޮތް ކަލޭމެނަށް އެނގޭނަމައެވެ.
-
2:281
وَٱتَّقُوا۟ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
Wattaq̣oo Yawmañ turjaʻoona feehi ʹilal laah. S̤umma tuwaffaa kullu nafsim maa kasabat wahum laa- yuz̤̣lamoon.
އޭ މީސްތަކުންނޭވެ! އެދުވަހެއްގައި ކަލޭމެން އެންމެން ﷲ ގެ حضرة އަށް رُجُوعَ ވެ އަދި ކޮންމެ މީހަކަށްމެ އެމީހަކު ދުނިޔޭގައި ހުރެގެން ކުރި عمل ތަކަށް ހެޔޮވިއްޔާ ހެޔޮކޮށް ނުބައިވިއްޔާ ނުބައިކޮށް ފުރިހަމަ ބަރާބަރު ޖަޒާދެއްވޭ ދުވަހަކަށް - އެބަހީ قيامة ދުވަހަށް ކަލޭމެން ބިރުވެތިވާށެވެ! އަދި އެއްވެސް نفس އަކަށް އަނިޔާ ނުވެވޭނެއެވެ. - ނުގަވާއިދުން އަދަބެއް ނުލިބޭނެއެވެ. * ދަންނައެވެ! عامّ ކޮށް ގިނަ مفسّر ން ވިދާޅުވާގޮތުގައި މިއާޔަތަކީ قرآن ން އެންމެފަހުން ބާވައިލެއްވުނު އާޔަތެވެ. ދެންފަހެ މިސޫރަތް ފެށޭތާނގައި وحي ކުރައްވާފައިއެވާ هُدًى لِلْمُتَّقِيْنَ މިއާޔަތާއި މިދެއާޔަތުގައި ހުރި ގުޅުމާއި رَبْطُ ގެ މައްޗަށް ބަލައިލި ކޮންމެ މީހަކުވެސް قرآن ގެ مقصد އާއިމެދު عجائب ވާފަދައެވެ. ސޫރަތް ފެށޭތާ އެ އަންގަވަނީ މިފޮތަކީ تقوى ވެރިންނަށްވާ ތެދުމަގެއް ކަމުގައެވެ. ﷲ އަށް ބިރުވެތިވާމީހުންނަށްވާ ތެދުމަގެއްކަމުގައެވެ. ތިމާއީ އިސްލާމެކޭ ކިޔަސް މީހާގައި تقوى ވެރިކަމެއްނެތް މީހަކަށް މިފޮތުން ތެދުމަގު ނުލިބޭނެއެވެ. އެކަމަށް ބިރުގަންނަވައި قرآن ގައި އެންމެފަހުން ބާވައިލެއްވި އާޔަތުގައި އެވަނީ تقوى ވެރިވުމަށް أمر ކުރައްވާފައެވެ. ވީމާ قرآن މިއެދެނީ މީހާގެ نفس إصلاح ކޮށް تقوى ވެރިވެ قيامة ދުވަސް އައުމުގެ ކުރިން ﷲ ގެ حضرة އަށް ދިއުމަށް ތައްޔާރުވުމެވެ. އެއީ ﷲ ގެ أمر ތަކަށް ކިޔަމަންވެ އެކަލާނގެ ނަހީކުރެއްވި ކަންތަކުން ދުރުވެގަނެގެންނެވެ. تقوى ގެ حقيقة އަކީ އެއީއެވެ.
-
2:282
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَدَايَنتُم بِدَيْنٍ إِلَىٰٓ أَجَلٍ مُّسَمًّى فَٱكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبٌۢ بِٱلْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ ٱللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ ٱلَّذِى عَلَيْهِ ٱلْحَقُّ وَلْيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبْخَسْ مِنْهُ شَيْـًٔا ۚ فَإِن كَانَ ٱلَّذِى عَلَيْهِ ٱلْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُۥ بِٱلْعَدْلِ ۚ وَٱسْتَشْهِدُوا۟ شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَٱمْرَأَتَانِ مِمَّن تَرْضَوْنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحْدَىٰهُمَا فَتُذَكِّرَ إِحْدَىٰهُمَا ٱلْأُخْرَىٰ ۚ وَلَا يَأْبَ ٱلشُّهَدَآءُ إِذَا مَا دُعُوا۟ ۚ وَلَا تَسْـَٔمُوٓا۟ أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰٓ أَجَلِهِۦ ۚ ذَٰلِكُمْ أَقْسَطُ عِندَ ٱللَّهِ وَأَقْوَمُ لِلشَّهَـٰدَةِ وَأَدْنَىٰٓ أَلَّا تَرْتَابُوٓا۟ ۖ إِلَّآ أَن تَكُونَ تِجَـٰرَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوٓا۟ إِذَا تَبَايَعْتُمْ ۚ وَلَا يُضَآرَّ كَاتِبٌ وَلَا شَهِيدٌ ۚ وَإِن تَفْعَلُوا۟ فَإِنَّهُۥ فُسُوقٌۢ بِكُمْ ۗ وَٱتَّقُوا۟ ٱللَّهَ ۖ وَيُعَلِّمُكُمُ ٱللَّهُ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ
Yaaa-ʹayyuhal laẓeena ʹaamanooʹ iẓaa tadaayañtum̃ bidaynin ʹilaa ʹajalim musammañ faktubooh. Walyaktub baynakum kaatibum bilʻadl. Wa-laa yaʹba kaatibun ʹañy yaktuba kamaa ʻallamahul laahu falyaktub. Walyumlilil laẓee ʻalayhil ḥaq̣q̣u walyattaq̣il laaha Rabbahoo wa-laa yabkhas minhu shayʹaa. Faʹiñ kaanal lazee ʻalayhil ḥaq̣q̣u safeehan, ʹaw ḍaʻeefan ʹaw laa- yastaṭeeʻu ʹañy yumilla huwa falyumlil waliyyuhoo bilʻadl. Wastashhidu shaheedayni mir rijaalikum: faʹil lam yakoonaa rajulayni farajulunw wamraʹataani mimmañ tarḍawna minash shuhadaaaʹi ʹañ taḍilla ʹiḥdaahumaa fatuẓakkira ʹiḥdaahumal ʹukhraa. Wa-laa yaʹbash shuhadaaaʹu ʹiẓaa maa- duʻoo. Wa-laa tasʹamooo ʹañ taktuboohu ṣag̣eeran ʹaw kabeeran ʹilaa ʹajalih. Ẓaalikum ʹaq̣saṭu ʻiñdal laahi wa-ʹaq̣wamu lishshahaadati wa-ʹadnaaa allaa tartaabooo ʹillaaa ʹañ takoona tijaaratan ḥaaḍiratañ tudeeroonahaa baynakum falaysa ʻalaykum junaaḥun ʹallaa taktuboohaa. Wa-ʹash-hidooo ʹiẓaa tabaayaʻtum. Wa-laa yu-Z̤̣aaarra kaatibuñw walaa shaheed. Wa-ʹiñ tafʻaloo faʹinnahoo fusooq̣um bikum. Wattaq̣ul laah: wa-yuʻallimu-kumul laah. Wallaahu bikulli shayʹin ʻAleem.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަނޑައެޅި عَيَّن ވެގެންވާ ވަކި مُدَّة އަކަށް ކަލޭމެން ދެފަރާތަކުން ދަރަންޏެއްނަގައި ދަރަނީގެ مُعَامَلة ހިންގަންޏާ ފަހެ އެދަރަނީގެ ކަންތައް ލިޔާށެވެ! އެގްރީމެންޓް ރަނގަޅަށް ލިޔާށެވެ! ކަލޭމެންގެމެދުގައި عدل ވެރިގޮތަށް ކާތިބަކު ލައްވައި ލިޔާށެވެ! އަދި ކާތިބުމީހާ އޭނާޔަށް ﷲ އުގަންނަވައިދެއްވިފަދައަކުން އެކަމަށް މަނާވެ ނުގަނެ ރަނގަޅަށް ލިޔާށެވެ! އަދި އެމީހެއްގެމައްޗަށް حقّ އޮތްމީހާ އެބަހީ ދަރަނިގެންދާމީހާ عِبَارة ކިޔައިދޭށެވެ! އޭނާ އެކިޔައިދިނުމުގައި ﷲ އަށް تقوى ވެރިވެހުރެ ކިޔައިދޭށެވެ! އެއިން އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް އުނިއިތުރު ނުކުރާށެވެ! ދެންފަހެ އެމީހެއްމައްޗަށް حقّ އޮތްމީހާއަކީ އެބަހީ عبارة ކިޔައިދޭ މީހާއަކީ ދެއުޅިއެއްނުވާ جاهل މީހަކުނަމަ ނުވަތަ މުސްކުޅިވެ ضعيف ވެފައިވާމީހެއްނަމަ އަދި ނުވަތަ ކުޑަކުއްޖެއްނަމަ ނުވަތަ އަމިއްލައަށް عبارة ކިއުމަށް ކުޅަދާނަ ނުވާމީހެއްނަމަ އެފަދަމީހުންގެ ފަރާތުން އެމީހެއްގެ ވަލީވެރިޔާ عبارة ކިޔައިދޭށެވެ! عدل ވެރިކޮށް އެކަން އޭނާކުރާ ހުށިކަމެވެ! އަދި ކަލޭމެންކުރެ ފިރިހެނުންގެ ތެރެއިން ދެހެކިންލައި އެލިއުން އެއީ ރަނގަޅު ލިއުމެއްކަމަށް ހެކިކުރުވާށެވެ! ދެފިރިހެނުން ނެތިއްޔާ އެއްފިރިހެނަކާއި ދެން ހެކިބަހަށް ކަލޭމެން ރުހޭ ދީންވެރި عدل ވެރި އަންހެނުންކުރެ ދެއަންހެނުންލާށެވެ! އެހެނީ ހެކިބަސް އަދާކުރަންވާ ވަގުތު އެއިން އެއްއަންހެނަކު އެއިން ތަންކޮޅެއް ހަނދާންނެތި ދާނެއެވެ. ދެން އަދި އަނެއްމީހާ ހަނދާންވެދާނެއެވެ. ދެން އަދި ހެކިބަސް އަދާކުރުމަށް ހެކިވެރިންނަށް ގޮވިއްޖެއްޔާ އެމީހުން އެކަމުން މަނާވެނުގަތުން ހުއްޓެވެ. ހެކިބަސް އަދާކުރަން ދިއުމަކީ واجب ކަމެކެވެ. އަދި ކިތައްމެ ކުޑައެއްޗެއްކަމުގައިވިޔަސް އަދި ނުވަތަ ބޮޑުއެއްޗެއްކަމުގައިވިޔަސް އެކަނޑައެޅިގެންވާ މުއްދަތަކަށް ލިއުމަށް ކަލޭމެން ފޫހިނުވާށެވެ! އެގޮތް ﷲ ގެ حضرة ގައި عدل ވެރިކަން ބޮޑުވެފައި އަދި ހެކިބަސް އަދާކުރުމުގައި ސީދާކަންބޮޑުވެފައި އަދި ޝައްކު ނުވުމާއި ގާތްކަންބޮޑުވާނެއެވެ. އަދި އެހެންނަމަވެސް ކަލޭމެންގެމެދުގައި އަތުންއަތަށް ހަމަމިހާރުން މިހާރަށް ހިނގާ ވިޔަފާރިއެއްނަމަ އެއެއްޗެއް ނުލިއުމަކުން ކަލޭމެންގެމައްޗަކަށް ކުށެއްނެތެވެ. ދެން އަދި ކަލޭމެން ގަނެވިއްކަންޏާ އެބަހީ ވިޔަފާރިކުރަންޏާ ހެކިކުރުވާށެވެ! (ނަމަވެސް މިއަމުރުފުޅަކީ واجب އެއްނޫންކަމަށް علم ވެރިން ވިދާޅުވެއެވެ. އެހެންނަމަވެސް މޮޅުއިތުރު ރަނގަޅުގޮތަކީ އެއީއެވެ. والله أعلم) އަދި ކާބިތަކަށްވެސް އަދި ހެކިވެރިއަކަށްވެސް އެއްވެސް ގޮތަކުން އުނދަގޫކުރުމެއްނެތެވެ. އެދެމީހުންކުރެ އެކަކުވެސް އެމީހުން އެހެންކަމަކާ مشغول ވެގެން އާދެވެން ނެތް ވަގުތެއްގައި އެމީހުނަށް އައުމަށް مجبور ކޮށް އުނދަގޫ ނުކުރާށެވެ! އަދި އެހެންގޮތްގޮތަށްވެސް މިބަސްފުޅާމެދު ވާހަކަ ދެކެވިފައިވެއެވެ. ނަމަވެސް އެންމެރަނގަޅު رَأى އަކީ މިހާރު ލިޔެވިފައިވާގޮތެވެ. والله أعلم. އަދި ކަލޭމެން އެފަދަ ކަންތައްކޮށްފިއްޔާ އެބަހީ މިއެންގެވި އަމުރުފުޅުތަކާއި خلاف ވެއްޖެއްޔާ އެއީ ކަލޭމެންގެ فَاسق ކަމެވެ. ﷲ ގެ ކިޔަމަނުން ނުކުތުމެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އޭރުން ﷲ تعالى ކަލޭމެނަށް އުގަންނަވައިދެއްވާނެއެވެ. އަދި ކޮންމެއެއްޗެއް އަދި ކޮންމެކަމެއް ﷲ ދެނެވޮޑިގެންވެއެވެ. ދަންނައެވެ. މިއާޔަތުގައި މިވާ އެކިއެކި ނުގުތާތަކަށް ވަރަށް تفصيل ވާހަކަތަކާއި إختلاف ވެއެވެ. މިފޮތަކީ އެކަމުގެ ފޮތެއްނޫނެވެ. އެހެންވެ އެ تفصيل އަށް ނުވަދެ އިހަށް ކުރުކޮށްލީއެވެ. މިހާރު بيان ވެފައިވާވަރުވެސް ފުދޭވަރުވެއެވެ. والله أعلم.
-
2:283
۞ وَإِن كُنتُمْ عَلَىٰ سَفَرٍ وَلَمْ تَجِدُوا۟ كَاتِبًا فَرِهَـٰنٌ مَّقْبُوضَةٌ ۖ فَإِنْ أَمِنَ بَعْضُكُم بَعْضًا فَلْيُؤَدِّ ٱلَّذِى ٱؤْتُمِنَ أَمَـٰنَتَهُۥ وَلْيَتَّقِ ٱللَّهَ رَبَّهُۥ ۗ وَلَا تَكْتُمُوا۟ ٱلشَّهَـٰدَةَ ۚ وَمَن يَكْتُمْهَا فَإِنَّهُۥٓ ءَاثِمٌ قَلْبُهُۥ ۗ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ
Wa-ʹiñ kuñtum ʻalaa safariñw walam tajidoo katibañ farihaanum maq̣booḍah. Faʹin ʹamina baʻḍukum baʻḍañ falyuʹaddil laẓiʹ tumina ʹamaanatahoo wal-yattaq̣il laaha Rabbah. Wa-laa taktumush shahaadah: wa-mañy yaktumhaa faʹinnahooo ʹaas̤imuñ q̣albuh. Wallaahu bimaa taʻmaloona ʻAleem.
އަދި ކަލޭމެން ދަތުރެއްގައި ވެފައި ދެން ލިޔެދޭނެ ކާތިބަކު ނުލިބިއްޖެއްޔާ ދެން ދަރަނި ނަގާފައި رَهْن ން އެއްޗެއް ބާއްވާށެވެ! އަދި ކަލޭމެން އެކަކުމައްޗަށް އަނެކަކު އަމާންވެ އިތުބާރުކޮށްފިއްޔާ (ދެން ކޮންމެހެން ލިޔާނެކަމެއްވެސް އަދި ހެކި ކުރުވާނެކަމެއްވެސްނެތެވެ.) ދެން އޭރުން އަމާނާތް އެކުރެވުނުމީހާ އޭނާ އަމާނާތް އަދާކުރާހުށިކަމެވެ. އެބަހީ ދަރަންޏަށް ނެގިމީހާ އަމާނާތްތެރިކަމާއެކު އޭނާ ނެގި ދަރަނި އަދާކުރާށެވެ! އަދި އެކަމުގައި އޭނާގެ رَبّ ކަމުގައިވާ ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ހެކިދޭމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ! އަދި ހެކިބަސް ވަންހަނާކޮށްފި މީހަކީ ހަމަކަށަވަރުންވެސް އެމީހާގެ ހިތް ފާފަވެގެންވާމީހެކެވެ. އަދި ކަލޭމެންކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.
-
2:284
لِّلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِن تُبْدُوا۟ مَا فِىٓ أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ ٱللَّهُ ۖ فَيَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Lillaahi maa- fis samaawaati wa-maa fil ʹarḍ. Wa-ʹiñ tubdoo ma feee ʹañfusikum ʹaw tukhfoohu yuḥaasibkum̃ bihil laah. Fayag̣firu limañy yashaaaʹ: wa-yuʻazzibu mañy yashaaaʹ: wallaahu ʻalaa kulli shayʹiñ Q̣adeer.
އުޑުތަކާއި ބިމުގައިވާހާ އެއްޗެއް خَاصّ ވެ مِلْكُ ވެގެންވަނީ ﷲ އަށެވެ. އެއީ އެކަލާނގެ އެއްޗެއްސެވެ. އަދި ކަލޭމެންގެ ހިތްތަކުގައިވާތަކެތި ފާޅުކޮށް ހާމަކުރިޔަސް އަދި ނުވަތަ އެތަކެތި ވަންހަނާކުރިޔަސް ސިއްރުކުރިޔަސް ﷲ އެއެއްޗެއް ރަނގަޅަށް ދެނެވޮޑިގެންވެއެވެ. އަދި ﷲ ކަލޭމެންނަށް އެތަކެތި ހިސާބުކުރައްވާނެތެވެ. ހެއުއެއްޗަކަށްވިއްޔާ ހެޔޮޖަޒާ އަދި ނުބައި އެއްޗަކަށްވިއްޔާ ނުބައި ޖަޒާ ދެއްވައިފާނެއެވެ. ދެން އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ފާފަފުއްސަވާފާނެއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް عَذاب ދެއްވައިފާނެއެވެ. އަދި ކޮންމެކަމެއްގެ މައްޗަށް ﷲ ކުޅަދުންވަތަވެވޮޑިގަންނަވައެވެ.
-
2:285
ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ
ʹAamanar Rasoolu bimaaa ʹuñzila ʹilayhi mir Rabbihee wal-Muʹminoon. Kullun ʹaamana billaahi wa-malaaaʹikatihee wa-kutubihee warusulih. Laa- nufarriq̣u bayna ʹaḥadim mir rusulih. Wa-q̣aaloo samiʻnaa wa-ʹaṭaʻnaa: G̣ufraanaka Rabbanaa wa-ʹilaykal maṣeer.
އަދި رَسُول އާ އެކަލޭގެފާނުންގެ رَبّ ގެ حضرة ން އެކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗަށް އީމާންވެވަޑައިގަންނަވައިފިއެވެ. އަދިمؤمن ންވެސް އީމާންވެއްޖެއެވެ. އެހުރިހާ ބޭކަލުން ﷲ އަށާއި އެކަލާނގެ މަލާއިކަތްބޭކަލުންނަށާއި އެކަލާނގެ ފޮތްތަކަށާއި އަދި އެކަލާނގެ ފޮނުއްވި رَسول ބޭކަލުންނަށް އީމާންވެވަޑައިގެންފިއެވެ. އަދި އެބޭކަލުން ވިދާޅުވެއެވެ. رَسُول ބޭކަލެއްގެ حَيْثِيَّة ން އެއިން އެއްވެސް ބޭކަލަކު އަހުރެމެން ތަފާތުކޮށް فرق ކޮށް ނުހަދާނަމެވެ. އެހުރިހާ ބޭކަލުންނަށްވެސް އަހުރެމެން އީމާންވަމުއެވެ. އަދި އެބޭކަލުން ދެންނެވިއެވެ. އަޅަމެން އަހައިފީމުއެވެ. އަދި އަޅަމެން ކިޔަމަންތެރިވެއްޖައީމުއެވެ. އޭ އަޅަމެންގެ رَبّ އެވެ. އިބަރަސްކަލާނގެ އަޅަމެންގެ ފާފަފުއްސަވާނދޭވެ! އަދި އެނބުރި ދިއުންވަނީ އިބަރަސްކަލާނގެ حضرة އަށެވެ.
-
2:286
لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَآ إِصْرًا كَمَا حَمَلْتَهُۥ عَلَى ٱلَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِۦ ۖ وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ أَنتَ مَوْلَىٰنَا فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ
Laa- yukalliful laahu nafsan ʹillaa wusʻahaa. Lahaa maa- kasabat wa-ʻalayhaa mak tasabat. Rabbanaa laa- tuʹaakhiẓnaaa ʹin naseenaaa ʹaw ʹakhṭaʹnaa. Rabbanaa wa-laa taḥmil ʻalaynaaa ʹiṣrañ kamaaa ḥamaltahoo ʻalal laẓeena miñ q̣ablinaa. Rabbanaa wa-laa tuḥammilnaa maa laa- ṭaaq̣ata lanaa bih. Waʻfu ʻannaa, wag̣hfir lanaa, warḥamnaa. ʹAñta Mawlaanaa fañṣurnaa ʻalal q̣awmil Kaafireen.
ﷲ تعالى އެއްވެސް نفس އަކަށް އެ نفس އަށް އުފުލޭފަދަ تكليف އެއްނޫނީ ނުޖައްސަވައެވެ. އަދި އެ نفس އެއް ކުރިހެޔޮކަމެއްގެ ދަރުމަޔާ ސަވާބު އެ نفس އަކަށް قيامة ދުވަހުން ލިބޭހުއްޓެވެ. އަދި އެ نفس އެއް ކުރި ނުބައި عمل ގެ ނުބައި ޖަޒާވެސް އެ نفس އަކަށްވެއެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެން ހަނދާންނެތިގެން ކުރެވޭ ކުށަށް ނުވަތަ އޮޅުމަކުން އަޅަމެންނަށް ނޭނގިގެން ކުރެވޭ ކުށަށް އަޅަމެންނަށް عُقُوبة ނުދެއްވާނދޭވެ! އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ ކުރީ އިސްވެދިޔަ މީސްތަކުންނަށް އިބަރަސްކަލާނގެ ޖެއްސެވިފަދަ އުނދަގޫ تكليف އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އެފަދަ ހަރުކަށި އުނދަގޫ ބުރަ އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދިއެއްވެސް ގޮތަކުން އަޅަމެނަށް އުފުލުމަށް ކުޅަދާނަ ނުވާފަދަ ބުރައެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި އަޅަމެނަށް عفو ކުރައްވާނދޭވެ! އަދި އަޅަމެންގެ ފާފަތައް އަޅަމެންނަށް ފުއްސަވައިދެއްވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ ސަހަރޯވެރި ރަސްކަލާނގެއެވެ. އަދި ކާފަރުވީ މީސްތަކުންގެމައްޗަށް އިބަރަސްކަލާނގެ އަޅަމެންނަށް نصر ދެއްވާނދޭވެ!
Surah Ali 'ImranBegins here at 3:1
-
3:1
الٓمٓ
ʹA-lif-Laaam-Meeem.
الم މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. (سُورَةُ البَقَرَة) ފެށުނުތާގައި މިޔާބެހޭކުޑަވާހަކަކޮޅެއްވާނެއެވެ.)
-
3:2
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ
ʹAllaahu laaa ʹilaaha ʹilla Huwal Ḥayyul Q̣ayyoom.
ﷲ އެއީ އެކަލާނގެ މެނުވީ އަޅުކަން އެފަރާތަކަށް ވެވުން حقّ ވެގެންނުވާ ކަލާނގެއެވެ. އެއީ އަވަހާރަވުމެއްނުވާ ފަނާވުމެއްނުވާ ދިރިދެމިވޮޑިގެންވާ އަދި އެންމެހައި خلق ތަކުންގެ ކަންތައްތައް تَدْبِيْرُ ކުރެއްވުމާއިގެން قائم ވެވޮޑިގެންވާ ކަލާނގެއެވެ.
-
3:3
نَزَّلَ عَلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ
Nazzala ʻalaykal Kitaaba bil-Ḥaq̣q̣i muṣaddiq̣al limaa bayna yadayhi wa-ʹañzalat Tawraata wal-ʹIñjeel.
،(4) (އޭ رَسُول ﷲ އެވެ!) އެކަލާނގެއީ ކަލޭގެފާނުންގެމައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އެއީ ކީރިތި قرآن އެވެ. އެފޮތް އެކަލާނގެ ބާވައިލައްވާފައިވަނީ ހަމަ حقّ ގޮތުގައެވެ. އަދި އެފޮތުގެ ކުރީގައިވާ ފޮތްތައްވެސް އެބަހީ سَمَاوِي ފޮތްތައް ތެދުކުރާ ފޮތެއްގެގޮތުގައެވެ. އަދި މިފޮތުގެ ކުރިން މީސްތަކުންނަށް ތެދުމަގެއްގެ ގޮތުން توراة އާއި إنجيل ވެސް އެކަލާނގެ ބާވައިލެއްވިއެވެ. އަދި حقّ އާއި بَاطل ވަކިކުރާ فُرْقَان ވެސް އެކަލާނގެ ބާވައިލެއްވިއެވެ. (އެއީ عيسى (عليه السّلام) އާއިމެދު حقّ އާއި بَاطل ވަކިކޮށްދޭ ނުވަތަ ހުރިހާކަމެއްގެ حقّ އާއި بَاطل ވަކިކޮށްދޭ މިފޮތެވެ.) އަދި ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ހުރީ ހަމަ ގަދަވެގެންވާ عَذَاب އެވެ. އަދި ﷲ އީ عِزَّة ވަންތަ ކަލާނގެއެވެ. އަދި ބަދަލުހިއްޕެވުމުގެ ވެރިކަލާނގެއެވެ.
-
3:4
مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ ٱلْفُرْقَانَ ۗ إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ لَهُمْ عَذَابٌ شَدِيدٌ ۗ وَٱللَّهُ عَزِيزٌ ذُو ٱنتِقَامٍ
Miñ q̣ablu Hudal linnaasi wa-ʹañzalal Furq̣aan. ʹInnal laẓeena kafaroo biʹaayaatil laahi lahum ʻaẓaabuñ shadeed: wallaahu ʻAzeezuñ Ẓuñ tiq̣aam.
،(4) (އޭ رَسُول ﷲ އެވެ!) އެކަލާނގެއީ ކަލޭގެފާނުންގެމައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އެއީ ކީރިތި قرآن އެވެ. އެފޮތް އެކަލާނގެ ބާވައިލައްވާފައިވަނީ ހަމަ حقّ ގޮތުގައެވެ. އަދި އެފޮތުގެ ކުރީގައިވާ ފޮތްތައްވެސް އެބަހީ سَمَاوِي ފޮތްތައް ތެދުކުރާ ފޮތެއްގެގޮތުގައެވެ. އަދި މިފޮތުގެ ކުރިން މީސްތަކުންނަށް ތެދުމަގެއްގެ ގޮތުން توراة އާއި إنجيل ވެސް އެކަލާނގެ ބާވައިލެއްވިއެވެ. އަދި حقّ އާއި بَاطل ވަކިކުރާ فُرْقَان ވެސް އެކަލާނގެ ބާވައިލެއްވިއެވެ. (އެއީ عيسى (عليه السّلام) އާއިމެދު حقّ އާއި بَاطل ވަކިކޮށްދޭ ނުވަތަ ހުރިހާކަމެއްގެ حقّ އާއި بَاطل ވަކިކޮށްދޭ މިފޮތެވެ.) އަދި ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ހުރީ ހަމަ ގަދަވެގެންވާ عَذَاب އެވެ. އަދި ﷲ އީ عِزَّة ވަންތަ ކަލާނގެއެވެ. އަދި ބަދަލުހިއްޕެވުމުގެ ވެރިކަލާނގެއެވެ.
-
3:5
إِنَّ ٱللَّهَ لَا يَخْفَىٰ عَلَيْهِ شَىْءٌ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ
ʹInnal laaha laa- yakhfaa ʻalayhi shayʹuñ fil ʹarḍi wa-laa fis samaaa;
ހަމަކަށަވަރުން އުޑާއި ބިމުގައިވިޔަސް އެއްވެސް އެއްޗެއް ﷲ އަށް ވަންހަނާވެގެންނުވެއެވެ.
-
3:6
هُوَ ٱلَّذِى يُصَوِّرُكُمْ فِى ٱلْأَرْحَامِ كَيْفَ يَشَآءُ ۚ لَآ إِلَـٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ
Huwal laẓeee yuṣawwirukum fil ʹarḥaami kayfa yashaaaʹ. Laaa ʹilaaha ʹillaa Huwal ʻAzeezul Ḥakeem.
މައިންގެ رَحِمُ ތަކުގައި އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން ކަލޭމެން صُوْرَة ކުރައްވާނީ - ސިފަކުރައްވަނީ ހަމަ އެކަލާނގެއެވެ. ﷲ އެވެ! އެކަލާނގެ މެނުވީ حقّ ވެގެންވާ އެހެން އެއްވެސް إله އަކު ނުވެއެވެ. އެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
3:7
هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَـٰبَ مِنْهُ ءَايَـٰتٌ مُّحْكَمَـٰتٌ هُنَّ أُمُّ ٱلْكِتَـٰبِ وَأُخَرُ مُتَشَـٰبِهَـٰتٌ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَـٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ
Huwal laẓeeeʹ añzala ʻalaykal Kitaaba minhu ʹaayaatum Muḥ-kamaatun hunna ʹUmmul Kitaabi wa-ʹukharu Mutashaabihaat. Faʹammal laẓeena fee q̣uloobihim zayg̣uñ fayattabiʻoona maa- tashaabaha minhub tig̣aaa ʹalfitnati wabtig̣aaaʹa taʹweelih. Wa-maa yaʻlamu taʹweelahooo ʹillal lah. War-Raasi-khoona fil ʻilmi yaq̣ooloona ʹaamannaa bihee kullum min ʻiñdi Rabbinaa: wa-maa yaẓẓakkaru ʹillaaa ʹulul ʹalbaab.
(އޭ رسُول ﷲ!) ކަލޭގެފާނަށް ފޮތް (ކީރިތި قرآن) ބާވައިލެއްވީ ހަމަ އެކަލާނގެއެވެ. ﷲ އެވެ. އެފޮތުގައި مُحْكَمُ އާޔަތްތައްވެއެވެ. އަދި އަނެއްބައި އާޔަތްތަކަކީ مُتَشَابِهُ އާޔަތެވެ. • ދަންނައެވެ! މިތާގައި މިވާ محكم އާ مُتشابه އާއި ދެކަލިމަގެ مُراد އާއިމެދު مُفَسِّر ންގެ ބަސް ތަފާތެވެ. އޭގެތެރެއިން އެންމެ ރަނގަޅު مُرَاد އެއްކަމުގައިވަނީ: مُحْكَمُ އާޔަތަކީ އޭގެ تَفْسير އާއި މާނަ ރަނގަޅަށް ވިސްނޭ އަދި ދެމާނައެއް مُرَاد ކުރެވޭންނެތް ހަމައެކަނި އެއްމާނައެއް ކަނޑައެޅޭ صَرِيح އާޔަތްތަކެވެ. مُتشابه އާޔަތަކީ އޭގައި ދެމާނައެއް ކުރެވިދާފަދަ އޮޅުން ހުރި ހަމައެކަނި އޭގެ މާނަ ﷲ ގެ ދެނެވޮޑިގަތުމުގެ ތެރޭގައިވާ އާޔަތްތަކެވެ. والله أعلم.\nދެންފަހެ ދަންނައެވެ! مُحْكَمُ އާޔަތްތައް އެއީ ފޮތުގެމައިގަނޑެވެ. މަންމައެވެ. أصل އެވެ. ފަހެ ތިމާމެންގެ ހިތްތަކުގައި حقّ އާއި ދުރަށް ލެނބުންވާމީހުން ތިމާއެދޭގޮތަކަށް وحي އާއި ކުޅެން އެދޭމީހުން ދަންނައެވެ! ފަހެ އެމީހުން تَبَعَ ވަނީ އެ قرآن ގައިވާ مُتشابه އާޔަތާއެވެ. އޮޅުވާލާ ވާވައްދާލަން އެދިގެންނެވެ. އަދި ނުބައި فَاسِدُ تَأْوِيْلُ ކޮށް تفسير ކުރަންވެގެންނެވެ. އަދި އޭގެ تفسير އާއި مراد ހަމައެކަނި ﷲ އަށްމެނުވީ އެނގިގެން ނުވެއެވެ. އަދި علم ގައި އަޑިޔަށް ފައިބައިފައިވާ ސާބިތު ބޮޑެތި عَالِمُ ންވެސް ވިދާޅުވާނީ އަހުރެމެން މިވަނީ އެ مُتشابه ތަކެއްޗަށް (ﷲ ގެ مُراد ގެމަތީން) އީމާންވެގެންނެވެ. އެހުރިހާ ތަކެއްޗަކީ އަހުރެމެންގެ رَبّ ގެ حضرة ންވާ ތަކެއްޗެވެ. މިއެވެ. އަދި ބޯ ރަނގަޅު ބުއްދިވެރިންމެނުވީ وَعْظُ އާއި نَصِيحة ލިބިނުގަންނާނެއެވެ.
-
3:8
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ
Rabbanaa laa- tuzig̣ q̣uloobabana baʻda ʹiẓ hadaytanaa wa-hab lanaa milla duñka raḥmah: ʹinnaka ʹAñtal Wahhaab.
(علم ގައި ފުނަށް ފޭބިމީހުން ދަންނަވައެވެ!) އޭ އަޅަމެންގެ رَبّ އެވެ! އިބަރަސްކަލާނގެ އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހު އަޅަމެންގެ ހިތްތައް (ތެދުމަގާއި ދުރަށް) ނުލަންބަވާނދޭވެ! އަދި އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رَحْمَة އެއް ދެއްވާނދޭވެ! (ތެދުމަގުގައި ތިބުމުގެ توفيق ދެއްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ދެއްވުންތައް ދެއްވާ ކަލާނގެއެވެ.
-
3:9
رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوْمٍ لَّا رَيْبَ فِيهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ
Rabbanaaa ʹinnaka jaamiʻun naasi li-Yawmil laa rayba feeh: ʹinnal Laaha laa- yukhliful meeʻaad.
އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އެދުވަހާއި ދޭތެރޭ އެއްވެސް ޝައްކެއްނެތް ދުވަހަކަށް އެންމެހައި މީސްތަކުން އެއްކުރައްވާނޭ ކަލާނގެއެވެ. އެއީ ޤިޔާމަތްދުވަހެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ وعد އާއި خلاف ވެވޮޑިނުގަންނަވައެވެ.
-
3:10
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَـٰٓئِكَ هُمْ وَقُودُ ٱلنَّارِ
ʹInnal laẓeena kafaroo lañ tug̣niya ʻanhum ʹamwaaluhum wa-laaa ʹawlaaduhum minal laahi shayʹaa: wa-ʹulaaaʹika hum waq̣oodun Naar.
ހަމަކަށަވަރުން ކާފަރުވެއްޖެ މީސްތަކުންނަށް އެމީހުންގެ މުދަލުންވިޔަސް އަދި އެމީހުންގެ ދަރިންގެ ފަރާތުންވިޔަސް ﷲ ގެ حضرة ން އަންނަ އެއްވެސް ނުރައްކަލަކުން ކަމެއް ފުއްދައެއް ނުދޭނެއެވެ. އަދި ކަނޑައެޅިގެން އެމީހުން އެއީ ނަރަކައިގެ ދަރެވެ.
-
3:11
كَدَأْبِ ءَالِ فِرْعَوْنَ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ وَٱللَّهُ شَدِيدُ ٱلْعِقَابِ
Kadaʹabi ʹaali Firʻawna wallaẓeena miñ q̣ablihim. Kaẓẓaboo biʹaayaatinaa, faʹakhaẓahumul lahu biẓunoobihim: wallaahu Shadeedul ʻiq̣aab.
(އެމީހުން) فرعون ގެ آل ންނާ ހަމައެއްގޮތެވެ. އެމީހުންގެ އާދައެވެ. އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރީއެވެ. ދެންފަހެ އެމީހުންގެ ފާފަތަކުގެ ސަބަބުން ﷲ تعالى އެމީހުން ހިއްޕެވީއެވެ. އެމީހުން ހަލާކުކުރެއްވިއެވެ. އަދި ﷲ އީ عقوبة ގަދަފަދަވެގެންވާ ކަލާނގެއެވެ.
-
3:12
قُل لِّلَّذِينَ كَفَرُوا۟ سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ ٱلْمِهَادُ
Q̣ul lillaẓeena kafaroo satug̣laboona wa-tuḥsharoona ʹilaa Jahannam: wa-biʹsal mihaad!
(އޭ رَسول ﷲ އެވެ!) ކާފަރުވީ މީސްތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ނިކަންހުރެ ކަލޭމެން ދެރަކުރެވޭނެއެވެ. އަދި ނަރަކައަށް ޖަމާކުރެއްވޭނެއެވެ. އެއީ ނުބައިވެގެންވާ ތަންމައްޗެކެވެ.
-
3:13
قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌ تُقَـٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَـٰرِ
Q̣ad kaana lakum ʹAyatuñ fee fiʹataynil taq̣ataa: fiʹatuñ tuq̣aatilu fee Sabeelil laahi wa-ʹukhraa kaafiratuñy yarawnahum mis̤layhim raʹyal ʻayn. Wallaahu yuʹayyidu binaṣrihee mañy yashaaaʹ. ʹInna fee ẓaalika laʻibratal liʹulil ʹabṣaar.
ހަމަކަށަވަރުން (ހަނގުރާމައިގެ مَيْدَانُ ގައި) ބައްދަލުކުރި ދެ لَشْكَرُ ގެ ކަންތަކުގައި ކަލޭމެންނަށް ރަނގަޅު ދަލީލެއް ވާނެއެވެ. عبرة އެއްވެއެވެ. އެއް لَشْكَر އަކީ ﷲ ގެމަގުގައި ހަނގުރާމަކުރާ لَشْكَر އެކެވެ. އަނެއް ލަޝްކަރު އެއީ ކާފަރު لَشْكَر އެކެވެ. އެމީހުންނަށް މިމީހުން ފެނުނީ ނުވަތަ މިމީހުންނަށް އެމީހުން ފެނުނީ ލޮލަށް ފެންނަ ފެނުމަށް ދެބައިގިނަކަމަށެވެ. (އެއީ ﷲ ގެ حكمة ފުޅެކެވެ. مؤمن ންނަށް ހިތްވަރުދެއްވުމަށާއި ކާފަރުން ބިރުގެންނެވުމަށެވެ.) އަދި ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ نصر ގެ ސަބަބުން ގަދަކަންދެއްވައެވެ. ހަމަކަށަވަރުންވެސް ލޯތަކުގެވެރިންނަށް - ކަންކަމަށް ރަނގަޅަށް ވިސްނައިعبرة حاصل ކުރާ ބަޔަކަށް ބޮޑުވެގެންވާ عبرة އެއްކަމުގައިވެއެވެ.
-
3:14
زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلْبَنِينَ وَٱلْقَنَـٰطِيرِ ٱلْمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلْأَنْعَـٰمِ وَٱلْحَرْثِ ۗ ذَٰلِكَ مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱللَّهُ عِندَهُۥ حُسْنُ ٱلْمَـَٔابِ
Zuyyina linnaasi ḥubbush shahawaati minan nisaaʹi wal-baneena wal-q̣anaa-ṭeeril muq̣añṭarati minaẓ ẓahabi wal-fiḍḍati wal-khaylil musawwamati wal-ʹanʻaami walḥars̤. Ẓaalika mataaʻul ḥayaatid dunyaa; wallaahu ʻiñdahoo ḥusnul maʹaab.
މީސްތަކުންނަށް ތިމާމެންގެ نفس އެދޭ ކަންކަމަށް ލޯބިޖެއްސެވިގެންވެއެވެ. އަންހެނުންނާއި ދަރިންނާއި ރަނާއި ރިހީގެތެރެއިން ގިނަކުރެވޭ ގިނަމުދާތަކާއި ހަނގުރާމައަށްޓަކައި ކާންދީ ފަލަކޮށް ތައްޔާރުކޮށްފައިވާ އަހާއި نَعَمْ ސޫތްޕާއި އެބަހީ ގެރިބަކަރި جَمَل ގެ ބާވަތްތަކާއި އަދި ދަނޑުފަނގާއި މިތަކެތީގެ ވައްތަރުތަކުގެތެރެއިންނެވެ. އެއީ ހައްތާވެސް ދުނިޔޭގެ حياة ގައި ބޭނުންކޮށްލެވޭ ތަކެއްޗެވެ. އަދި ގޮސްތިބުން ރަނގަޅުވެގެންވާ ރީތި ތަންވަނީ ﷲ ގެ حضرة ގައެވެ.
-
3:15
۞ قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ ٱتَّقَوْا۟ عِندَ رَبِّهِمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَأَزْوَٰجٌ مُّطَهَّرَةٌ وَرِضْوَٰنٌ مِّنَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ
Q̣ul ʹaʹunabbiʹukum̃ bikhayrim miñ ẓaalikum? Lil-laẓeenat taq̣aw ʻiñda Rabbihim Jannaatuñ tajree miñ tah-tihal ʹanhaaru khaalideena feehaa wa-ʹazwaajum muṭahharatuñw wariḍwaanum minal laah. Wallaahu Baṣeerum bilʻibaad,
ކަލޭގެފާނު ވިދާޅުވާށެވެ! تقوى ވެރިވީ މީސްތަކުންނަށް އެމީހުންގެ رَبّ ގެ حضرة ގައި އެތަކެއްޗަށްވުރެން މާރަނގަޅު ހެޔޮތަކެތި ހުރިކަމުގެ خبر ކަލޭމެނަށް އަހުރެން ދެއްވަންހެއްޔެވެ؟ އެތަންތާނގެ ދަށުން އާރުތައް ދެމޭ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. އެތަންތާގައި އެމީހުން ދެމިތިބޭހުއްޓެވެ. އަދި طَاهر ވެގެންވާ އަނބީންނާއި އަދި ﷲ ގެ ރުހިވޮޑިގަތުމެވެ. އަދި ﷲ އެކަލާނގެ އަޅުތަކުންނާއިގެން ބައްލަވާވޮޑިގެންވެއެވެ. އެބަހީ تقوى ވެރި އަޅުންގެ ކަންތައްތައް ރަނގަޅުގޮތުގައި ބައްލަވައެވެ.
-
3:16
ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ
ʹAllaẓeena yaq̣ooloona Rabbanaaa ʹinnanaaa ʹaamannaa fag̣hfir lanaa ẓunoobanaa waq̣inaa ʻaẓaaban Naar;
އެމީހުންނަކީ- އެބަހީ އެ تقوى ވެރިންނަކީ އެމީހުންގެ رَبّ އަށް ދަންނަވާ މީހުންނެވެ. (އެމީހުން ދަންނަވައެވެ.) އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ އަޅަމެނަށް އަޅަމެންގެ ފާފަތައް ފުއްސަވާދެއްވާނދޭވެ. އަދި ނަރަކައިގެ عَذَاب ން އަޅަމެން ސަލާމަތް ކުރައްވާނދޭނެވެ.
-
3:17
ٱلصَّـٰبِرِينَ وَٱلصَّـٰدِقِينَ وَٱلْقَـٰنِتِينَ وَٱلْمُنفِقِينَ وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ
ʹAṣ-Ṣaabireena waṣ-Ṣaadiq̣eena wal-Q̣aaniteena wal-Muñfiq̣eena wal-Mustag̣fireena bil-ʹas-ḥaar.
އެމީހުންނަކީ (އުނދަގޫތަކާއި ދަތިތަކަށް) ކެތްތެރިވާ މީހުންނެވެ. އަދި އެއީ ތެދުވެރިންނެވެ. އަދި އެއީ ކިޔަމަންތެރިންނެވެ. އަދި އެއީ ހެޔޮގޮތުގައި ހޭދަކުރާމީހުންނެވެ. އަދި އެއީ ދަންވަރުގެ ވަގުތު ފާފަ ފުއްސެވުމަށް އެދި ދަންނަވާ މީހުންނެވެ.
-
3:18
شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَـٰهَ إِلَّا هُوَ وَٱلْمَلَـٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمًۢا بِٱلْقِسْطِ ۚ لَآ إِلَـٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ
Shahidal laahu ʹanna-Hoo laaa ʹilaaha ʹillaa Huwa wal-malaaaʹikatu wa-ʹulul ʻilmi q̣aaaʹimam bilq̣isṭ. Laaa ʹilaaha ʹillaa Huwal ʻAzeezul Ḥakeem.
ﷲ މެނުވީ (އަޅުކަންވެވުން حقّ ވެގެންވާ) އެހެން އެއްވެސް إله އަކުނުވާކަމަށް ﷲ ހެކިވެވޮޑިގަންނަވައެވެ. އަދި މަލާއިކަތްބޭކަލުންނާއި علم ވެރިން ހެކިވެވަޑައިގެންފިއެވެ. އެކަލާނގެއީ عدل ވެރިކަން قائم ކުރުންމަތީ قائم ވެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ މެނުވީ حقّ ވެގެންވާ އެހެން އެއްވެސް إله އަކު ނުވެއެވެ. އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
3:19
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَـٰمُ ۗ وَمَا ٱخْتَلَفَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۗ وَمَن يَكْفُرْ بِـَٔايَـٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
ʹInnad Deena ʻiñdal laahil ʹIslaam. Wa-makh talafal laẓeena ʹootul Kitaaba ʹillaa mim baʻdi maa- jaaaʹahumul ʻilmu bag̣hyam baynahum. Wa-mañy yakfur biʹAayaatil lahi faʹinnal laaha Sareeʻul ḥisaab.
ހަމަކަށަވަރުން ﷲ ގެ حضرة ގައި (قبول ކުރެއްވެނިވި) دين އަކީ الإسلام އެވެ. އިސްލާމްދީނެވެ. އަދި عيسى (عليه السّلام) އާއިމެދު حقّ ރަނގަޅު معْلُومات އެނގުމަށްފަހުގައިމެނުވީ ފޮތްދެއްވުނު މީހުން - نصارى އިންނާއި يهودي ން - إختلاف ވެ ދެބަސްވީކަމުގައި ނުވެއެވެ. (އެބަހީ އެމީހުން ދެބަސްވެ إختلاف ވީ ހަމަރަނގަޅަށް حقّ އެނގުމަށްފަހުގައެވެ.) އެއީ އެމީހުންގެމެދުގައިވާ ދެކޮޅުވެރިކަމެއްގެ ސަބަބުންނެވެ. އަދި ﷲ ގެ އާޔަތްތަކަށް - دليل ތަކާއި حجّة ތަކަށް - ކާފަރުވެއްޖެމީހުން (ދަންނައެވެ! އެމީހުންގެ عمل ތައް ﷲ ހިސާބުކުރައްވައި ޖަޒާދެއްވާ ހުއްޓެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.
-
3:20
فَإِنْ حَآجُّوكَ فَقُلْ أَسْلَمْتُ وَجْهِىَ لِلَّهِ وَمَنِ ٱتَّبَعَنِ ۗ وَقُل لِّلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْأُمِّيِّـۧنَ ءَأَسْلَمْتُمْ ۚ فَإِنْ أَسْلَمُوا۟ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ
Faʹin ḥaajjooka faq̣ul ʹaslamtu wajhiya lillaahi wa-manit tabaʻan. Wa-q̣ul lillaẓeena ʹootul Kitaaba wal-ʹummiyyeena ʹaʹaslamtum? Faʹin ʹaslamoo faq̣adih tadaw. Wa-ʹiñ tawallaw faʹinnamaa ʻalaykal balaag̣: wallaahu Baṣeerum bil-ʻibaad.
ފަހެ އެމީހުން ކަލޭގެފާނާ جدل ކޮށް حُجَّة ދައްކަންޏާ (އެބަހީ އެ نصارى އިންގެމީހުން عيسى عليه السّلام އާއިމެދު جدل ކުރަންޏާ) ފަހެ ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ މޫނުފުޅު ﷲ އަށް ކިޔަމަންތެރިކޮށްފީމެވެ. އެބަހީ ތިމަންކަލޭގެފާނު ﷲ އަށް ކިޔަމަންތެރިވެއްޖައީމުއެވެ. އަދި ތިމަންކަލޭގެފާނަށް تبع ވީ މީސްތަކުންވެސް (ﷲ އަށް ކިޔަމަންތެރިވެއްޖެއެވެ.) އަދި ފޮތްދެއްވުނު މީހުންނަށް އެބަހީ يهودي ންނާއި نصارى އިންނަށާއި އަދި أمِّى ންނަށް އެބަހީ عرب مُشرك ންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އިސްލާމްވެއްޖައީމުހެއްޔެވެ؟ ކިޔަމަންތެރިވެއްޖައީމުހެއްޔެވެ؟ ދެންފަހެ އެމީހުން ކިޔަމަންތެރިވެއްޖެއްޔާ ފަހެ ހަމަކަށަވަރުން އެމީހުންނަށް ތެދުމަގުލިބުނީހެވެ. އަދި އެމީހުން ކިޔަމަންތެރިނުވެ އެނބުރި ފުރަގަސްދީފިއްޔާވެސް (ކަލޭގެފާނުންގެމައްޗަކަށް މަލާމާތެއްނެތެވެ.) ކަލޭގެފާނުންގެމައްޗަށް ވާޖިބުވާކަން ކަށަވަރީ رَسول ކަން އިއްވައިދިނުމެވެ. އަދި އަޅުތަކުންނާއިމެދު ﷲ ދެކެވޮޑިގެންވެއެވެ. އެބަހީ ކިޔަމަންގަތް އަޅުންނާއި ނުކިޔަމަންތެރިވި އަޅުން އެކަލާނގެ މޮޅަށް ދެނެވޮޑިގަންނަވައެވެ.
-
3:21
إِنَّ ٱلَّذِينَ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّـۧنَ بِغَيْرِ حَقٍّ وَيَقْتُلُونَ ٱلَّذِينَ يَأْمُرُونَ بِٱلْقِسْطِ مِنَ ٱلنَّاسِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
ʹInnal laẓeena yakfuroona biʹAayaaatil laahi wa-yaq̣tuloonan nabiyyeena big̣ayri ḥaq̣q̣iñw wayaq̣tuloonal laẓeena yaʹmuroona bilq̣isṭi minan naasi fabashshirhum̃ biʻaẓaabin ʹaleem.
ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވާ މީސްތަކުން އަދި އެއްވެސް حقّ އަކާއިނުލައި އެމީހުން ނަބީބޭކަލުން قتل ކޮށް އަދި މީސްތަކުންގެ ތެރެއިން عَدْلُ ވެރިވުމަށް އަމުރުކުރާމީހުންވެސް قتل ކޮށް ހަދާމީހުން (ދަންނައެވެ!) ފަހެ އެމީހުންނަށް ވޭންދެނިވި عَذَاب އެއްހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!
-
3:22
أُو۟لَـٰٓئِكَ ٱلَّذِينَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ
ʹUlaaaʹikal laẓeena ḥabiṭat ʹaʻmaaluhum fid dunyaa wal-ʹaakhirati wa-maa lahum min naṣireen.
އެމީހުން އެއީ އެމީހުންގެ ހެޔޮ عمل ތައް بَاطل ވެގެންވާ ބައެކެވެ. ދުނިޔެއާއި آخرة ގައެވެ. އަދި އެމީހުންނަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.
-
3:23
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَـٰبِ يُدْعَوْنَ إِلَىٰ كِتَـٰبِ ٱللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُمْ وَهُم مُّعْرِضُونَ
ʹAlam tara ʹilal laẓeena ʹootoo naṣeeban minal Kitaabi yudʻawna ʹilaa Kitaabil laahi liyaḥkuma bay-nahum s̤umma yatawallaa fareeq̣um minhum wahum muʻriḍoon.
توراة ން ކޮންމެވެސް މިންވަރެއް ދެއްވުނުމީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ (އެމީހުންގެ ކަންތައް ހުރިގޮތް ދެކެވަޑައި ނުގަންނަވަމުތޯއެވެ؟) ﷲ ބާވައިލެއްވި ފޮތެއްކަމުގައިވާ توراة ގައިވާގޮތަށް އެމީހުންގެމެދުގައި حكم ކުރުމަށް އެމީހުންނަށް ގޮވުނީމާ ދެން އެމީހުންކުރެ ބަޔަކުމީހުން ފުރަގަސްދީ އެނބުރި ދަނީއެވެ.
-
3:24
ذَٰلِكَ بِأَنَّهُمْ قَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًا مَّعْدُودَٰتٍ ۖ وَغَرَّهُمْ فِى دِينِهِم مَّا كَانُوا۟ يَفْتَرُونَ
Ẓaalika biʹannahum q̣aaloo lañ tamassanan Naaru ʹillaaa ʹayyaaman maʻdoodaat: wa-g̣arrahum fee deenihim maa kaanoo yaftaroon.
އެގޮތަށް އެމީހުން ފުރަގަސްދީފައި އެދަނީ، "ހަމަކަށަވަރުން عدد ކުރެވިގެންވާ ދާދި މަދުދުވަސްކޮޅަކު މެނުވީ އަހުރެމެން ނަރަކައިގާ ނުތިބޭނެއެވެ." މިޢަޤީދާ އެމީހުންގެތެރޭގައިވާތީއެވެ. (އެމީހުން ބުނާގޮތުގައި އެއީ ސާޅީސްދުވަހެވެ. އެއީ އެމީހުން ޅަގެރިޔަށް އަޅުކަންކުރި މިންވަރުކަމަށެވެ.) އަދި އެމީހުން ދޮގުތައް ހެދުމުގެ ސަބަބުން އެމީހުންގެ دين ގައި އެމީހުން ހެއްލުންތެރިވެއްޖެއެވެ. އެދޮގުތައް އެމީހުން ހެއްލުންތެރިކުރުވައިފިއެވެ.
-
3:25
فَكَيْفَ إِذَا جَمَعْنَـٰهُمْ لِيَوْمٍ لَّا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
Fakayfa ʹiẓaa jamaʻnaahum liyawmil laa rayba feeh, wa-wuffiyat kullu nafsim maa kasabat wahum laa- yuz̤̣lamoon?
ފަހެ އެދުވަހާއިމެދު އެއްވެސް ޝައްކެއްނެތް ދުވަހަކަށް ތިމަންރަސްކަލާނގެ އެމީހުން ޖަމާކުރައްވައި އަދި ކޮންމެ نفس އަކަށް އެ نفس އެއް ކުރިކަމަކަށް ފުރިހަމަ ޖަޒާދެއްވިއްޖެއްޔާ ދެންވާނީ ކިހިނަކުންހެއްޔެވެ؟ އަދި އެދުވަހުން އެމީހުންނަށް އަނިޔާއެއްނުވެވޭނެއެވެ.
-
3:26
قُلِ ٱللَّهُمَّ مَـٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ ۖ بِيَدِكَ ٱلْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Q̣ulil laahumma Maalikal Mulki tuʹtil Mulka mañ tashaaʹu wa-tañẓiʻul Mulka mimmañ tashaaaʹ. Wa-tuʻizzu mañ tashaaaʹu wa-tuẓillu mañ tashaaaʹ: biyadikal Khayr. ʹInnaka ʻalaa kulli shayʹiñ Q̣adeer.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (ﷲ އަށް ދަންނަވާށެވެ!) އޭ މަތިވެރި މާތް ﷲ އެވެ! އޭ ދުނިޔެއާއި آخرة ގެ ހުރިހާތަކެތީގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އިބަރަސްކަލާނގެ مُلْكُ ދެއްވަމުއެވެ. (އެއީ نَبي ކަން ނުވަތަ ވެރިކަން ނުވަތަ މުދާ ނުވަތަ ގަދަކަން. ދެއްވަމުއެވެ...) އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާފަރާތަކުން مُلْكُ ނަންގަވާ ނިގުޅައިގަންނަވަމުއެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކު عِزَّة ތެރިކުރައްވައެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާއަޅަކު ދެރަކުރައްވާ ނިކަމެތިކުރައްވަމުއެވެ. ހުރިހާ ހެޔޮކަމެއްވަނީ އިބަރަސްކަލާނގެ އަތްޕުޅުގައެވެ. ހަމަކަށަވަރުން ކޮންމެއެއްޗެއްގެމައްޗަށް އަދި ކޮންމެކަމެއްގެމައްޗަށް އިބަރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
3:27
تُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۖ وَتُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَتُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ ۖ وَتَرْزُقُ مَن تَشَآءُ بِغَيْرِ حِسَابٍ
Toolijul layla fin nahaari wa-toolijun nahaara fil layl: wa-tukhrijul ḥayya minal mayyiti wa-tukhrijul mayyita minal ḥayyi wa-tarzuq̣u mañ tashaaʹu big̣ayri ḥisaab.
އިބަރަސްކަލާނގެ ދުވާލުގެތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. (ރޭގަނޑުން މަދުކުރައްވާ ދުވާލަށް އިތުރުކުރައްވަމުއެވެ.) އަދި ރޭގަނޑުގެތެރެއަށް ދުވާލު ވައްދަވަމުއެވެ. (ދުވާލު މަދުކުރައްވާ ރޭގަނޑު ދިގުކުރައްވަމުއެވެ.) އަދި މަރުވެފައިވާތަކެތީގެތެރެއިން ދިރޭތަކެތި އިބަރަސްކަލާނގެ ނެރުއްވަމުއެވެ. އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާތަކެތި އިބަރަސްކަލާނގެ ނެރުއްވަމުއެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާއަޅަކަށް ހިސާބެއްނެތްހާ ގިނަކޮށް އިބަރަސްކަލާނގެ ރިޒުގުދެއްވަމުއެވެ.
-
3:28
لَّا يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ ٱللَّهِ فِى شَىْءٍ إِلَّآ أَن تَتَّقُوا۟ مِنْهُمْ تُقَىٰةً ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَإِلَى ٱللَّهِ ٱلْمَصِيرُ
Laa- yattakhiẓil Muʹminoonal kaafireena ʹawliyaaaʹa miñ doonil Muʹmineen. Wa-mañy yafʻal ẓaalika falaysa minal laahi fee shayʹin ʹillaaa ʹañ tat-taq̣oo minhum tuq̣aah. Wa-yuḥaẓẓi-rukumul laahu Nafsah; wa-ʹilal laahil maṣeer.
مؤمن ންގެމީހުން ތިމާމެންގެ نَصْر ވެރި ސަހަރޯވެރިންކަމުގައި ކާފަރުން ހިފާ إختيار ނުކުރާށެވެ! އަދި އެފަދަ ކަންތައްކުރާމީހާ އެބަހީ ކާފަރުން އެއީ ތިމާމެންގެ نَصر ވެރި ސަހަރޯވެރިންކަމުގައި ބަލައިގެންފިމީހާ (ދަންނައެވެ!) ފަހެ އެމީހަކަށް ﷲ ގެ حضرة ން އެއްވެސް ހެޔޮކަމެއް ސަލާމަތްކަމެއް ނުވެއެވެ. (ﷲ އޭނާގެ ކަންތަކުން ބަރީއަވެވޮޑިގެންވެއެވެ.) ހަމައެކަނި އެމީހުންގެ ބާރުގެދަށަށް ވަދެވިފައިވާމީހާ އޭނާ އެތަނުން ސަލާމަތްވާންދެން ބޭރުފުށުން އެމީހުންނީ ސަހަރޯވެރިންކަމުގެ ގޮތްދެއްކުމެއްނޫނެވެ. އެފަދަމީހާ އެފަދަ ވަގުތު އެފަދަ ބަސްބުނުން ހުއްދައެވެ. އެތެރެފުށުން އެމީހުންގެ ކާފަރުކަމާއި عداوة ތެރިކަން ދަންނަވާނެއެވެ. ﷲ تعالى ކަނޑައެޅިގެން އެކަލާނގެ ذات ފުޅަށް ކަލޭމެން އެފަދަ ކަންތައްކުރުމާމެދު ބިރުވެތިކުރައްވަނީއެވެ. އަދި ކަލޭމެން އެނބުރިދިއުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.
-
3:29
قُلْ إِن تُخْفُوا۟ مَا فِى صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ ٱللَّهُ ۗ وَيَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Q̣ul ʹiñ tukhfoo maa- fee ṣudoorikum ʹaw tubdoohu yaʻlamhul laah. Wayaʻlamu maa- fis samaawaati wa-maa fil ʹarḍ. Wallaahu ʻalaa kulli shayʹiñ Q̣adeer.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ ހިތްތަކުގައިވާތަކެތި (ކާފަރުންނާމެދު ސަހަރޯވެރިކަން ބެހެއްޓުމުގެ ލޯބި) ކަލޭމެން ފާޅުނުކުރިޔަސް، ވަންހަނާކުރިޔަސް އަދި ނުވަތަ ފާޅުކުރިޔަސް އެކަމެއް ﷲ ދެނެވޮޑިގެންވެއެވެ. އަދި އުޑުތަކާއި ބިމުގައިވާހާތަކެތިވެސް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި ހުރިހާކަމެއްގެމައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
3:30
يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوٓءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدًۢا بَعِيدًا ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ
Yawma tajidu kullu nafsim maa ʻamilat min khayrim muḥ-ḍarañw wamaa ʻamilat miñ soooʹ. Tawaddu law ʹanna baynahaa wa-baynahooo ʹamadam baʻeedaa. Wa-yuhaẓẓi-rukumul lahu Nafsah. Wallaahu Raʹoofum bilʻibaad.
އަދި ކޮންމެ نفس އެއްވެސް ހެޔޮކަމުގެތެރެއިން އެ نفس އެއްކުރިއްޔާ ކުރިހާކަމަކާއި އަދި ނުބައިކަމުގެ ތެރެއިން އެ نفس އެއް ކުރިއްޔާ ކުރިހާކަމަކާއި (ތިމާގެ ކުރިމައްޗަށް) حاضر ވެގެންވާ ދުވަހު ނުބައިކަންތައްކުރިމީހާ ތިމާޔާ އެނުބައި ކަންތަކާއިމެދު ވަރަށް ދުރުވެގެންވާ ދުރުމިނެއްވުމަށް ލޯބިކުރާނެއެވެ. (އަދި އެފަދަ ނުބައި ކަންތައްތަކަށް ކަލޭމެން އަރައިގަނެ ﷲ ގެ ކޯފާ ކަލޭމެންގެ މައްޗަށް އަތުވެދާނެތީ) ﷲ ގެ ذات ފުޅަށް ބިރުވެތިވުމަށް ކަލޭމެންނަށް ﷲ ބިރުވެރިކަން ދެއްވަނީއެވެ. އަދި ﷲ تعالى އީ އަޅުތަކުންގެމައްޗަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ.
-
3:31
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
Q̣ul ʹiñ kuñtum tuḥibboonal laaha fattabiʻoonee yuḥbibkumul laahu wa-yag̣fir lakum ẓunoobakum: wallaahu G̣afoorur Raḥeem.
ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނީ ﷲ އަށް ލޯބިވާބަޔަކުކަމުގައި ވަންޏާ ފަހެ ކަލޭމެން ތިމަންކަލޭގެފާނާއި تبع ވާށެވެ! އޭރުން ﷲ ކަލޭމެންނަށް ލޯބިވެވޮޑިގަންނަވާނެއެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަތައް ފުއްސަވާނެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
3:32
قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَـٰفِرِينَ
Q̣ul ʹaṭeeʻul laaha war-Rasool: faʹiñ tawallaw faʹinnal laaha laa- yuḥibbul Kaafireen.
ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ﷲ އަށާއި رَسول އާއަށް ކިޔަމަންތެރިވާށެވެ! ފަހެ އެމީހުން (ކިޔަމަންތެރިނުވެ) އެނބުރި ފުރަގަސްދީފިއްޔާ ދަންނާށެވެ! (އެފަދަމީހުންނާއިމެދު ބެލެވޭނީ އެއީ ކާފަރުންކަމުގައެވެ.) އަދި ކާފަރުންނަށް ހަމަކަށަވަރުންވެސް ﷲ تعالى ލޯބިވެވޮޑިނުގަންނަވައެވެ.
-
3:33
۞ إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا وَءَالَ إِبْرَٰهِيمَ وَءَالَ عِمْرَٰنَ عَلَى ٱلْعَـٰلَمِينَ
ʹInnal laahaṣ ṭafaaa ʹAadama wa-Nooḥañw waʹAala ʹIbraaheema wa-ʹAala ʻImraana ʻalal ʻaalameen,
ހަމަކަށަވަރުން آدم (عليه السّلام) އާއި نوح (عليه السّلام) އާއި إبراهيم عليه السّلام ގެ آل ންނާއި އަދި عِمْرَان ގެ آل ން ﷲ تعالى خَاصّ ކުރައްވައި إختيار ކުރެއްވިއެވެ. އެއީ އެންމެހައި عَالَم ތަކުގެމައްޗަށެވެ.
-
3:34
ذُرِّيَّةًۢ بَعْضُهَا مِنۢ بَعْضٍ ۗ وَٱللَّهُ سَمِيعٌ عَلِيمٌ
Ẓurreeyyatam baʻḍuhaa mim baʻḍ: wallaahu Sameeʻun ʻAleem.
އޭގެ އެއްދަރިކޮޅެއްވަނީ އަނެއްދަރިކޮޅެއްގެތެރެއިންނެވެ. (އެއީ دين އާއި توحيد ގެ ގޮތުންނެވެ.) އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
3:35
إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
ʹIẓ q̣aalat imraʹatu ʻImraana Rabbi ʹinnee naẓartu laka maa- fee baṭnee muḥarrarañ fataq̣abbal minnee: ʹinnaka ʹAñtas Sameeʻul ʻAleem.
عمران ގެ އަނބިކަނބަލުން އެކަމަނާގެ رَبّ އަށް ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަމަނާ ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާގެ ބަނޑުގައި މިވާ ދަރިފުޅު އިބަރަސްކަލާނގެއަށްޓަކައި (ކަނީސާގެ خادم އެއްކަމުގައި) ލުމަށް އިބަރަސްކަލާނގެއަށް نَذر ގެންފީމެވެ. ފަހެ މިއަޅާގެ ކިބައިން އިބަރަސްކަލާނގެ قبول ކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
3:36
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ ۖ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَـٰنِ ٱلرَّجِيمِ
Falammaa waḍaʻathaa q̣aalat Rabbi ʹinnee waḍaʻtuhaaa ʹuñs̤aa! Wallaahu ʹAʻlamu bimaa waḍaʻat wa-laysaẓ ẓakaru kalʹuñs̤aa. Waʹinnee sammaytuhaa Maryama waʹinneee ʹuʻeeẓuhaa bika waẓurriyatahaa minash Shayṭaanir Rajeem.
ދެންފަހެ އެކަމަނާ އެދަރިފުޅު ރައްކައުވިހިނދު ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! ހަމަކަށަވަރުން މިއަޅާ ވިހެއީ އަންހެންކުއްޖެކެވެ. އަދި އެކަމަނާ ވިހެއި ކުއްޖެއް ﷲ ދެނެވޮޑިގަތުންބޮޑެވެ. ފިރިހެންކުދިން އަންހެންކުދިންފަދައިން ނުވެއެވެ. (އެއްކަހަލައެއްނޫނެވެ. އެކަމަނާ ދެންނެވިއެވެ.) ހަމަކަށަވަރުން މިއަޅާ އެދަރިފުޅަށް މިނަން ދެއްވީ مَرْيَمْ އެވެ. އަދި އެދަރިފުޅާއި އެދަރިފުޅުގެ ދަރިފަސްކޮޅު ނުބައިނުލަފާ އަދި ފައްސައިލެވިފައިވާ شيطان އާގެ ކިބައިން ރައްކާތެރިކުރައްވައި ސަލާމަތްކުރެއްވުމަށް އިބަރަސްކަލާނގެ حضرة ން މިއަޅާ حماية ލިބިގަންނަމެވެ.
-
3:37
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنۢبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا ٱلْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَـٰمَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ ٱللَّهِ ۖ إِنَّ ٱللَّهَ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ
Fataq̣abbalahaa Rabbuhaa biq̣aboolin ḥasaniñw waʹambatahaa nabaatan ḥasanañw wakaffalahaa Zakariyyaa. Kullamaa dakhala ʻalayhaa Zakariyyal Miḥraaba wajada ʻiñdahaa rizq̣aa. Q̣aala yaa-Maryamuʹ annaa laki haaẓaa? Q̣aalat huwa min ʻiñdil laah: ʹinnal laha yarzuq̣u mañy yashaaaʹu big̣ayri ḥisaab.
ދެންފަހެ އެކަމަނާގެ رَبّ އެކަމަނާގެ ކިބައިން مريم ގެފާނު ރަނގަޅުގޮތުގައި قبول ކުރެއްވިއެވެ. އަދި އެކަމަނާ އެބަހީ مريم ގެފާނު - ރަނގަޅަށް ބަލަހައްޓަވާ تَرْبِيّة ކުރެއްވިއެވެ. އަދި އެކަމަނާ ބެލެހެއްޓެވުމާ زكريّا ގެފާނާއި حوال ކުރެއްވިއެވެ. އަދި زكريّا (عليه السّلام) އެކަމަނާގެ ގާތަށް مِحْراب ގެއަށް ވަޑައިގަންނަވާ ކޮންމެހިނދެއްގައި އެކަމަނާގެ އަރިހުގައި ރިޒުގުވަނިކޮށް ދެކެވަޑައިގަންނަވައެވެ. އެހިނދު ވިދާޅުވެއެވެ. އޭ مَرْيَم އެވެ! މިރިޒުގު ކަމަނާއަށް މިއަންނަނީ ކޮންގޮތަކުން ކިހިނަކުންތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. އެއީ ﷲ ގެ حضرة ންނެވެ. ހަމަކަށަވަރުން ﷲ އެދިވޮޑިގަންނަވާ އަޅަކަށް އެއްވެސް ހިސާބެއްނެތި އެކަލާނގެ ރިޒުގުދެއްވައެވެ. • ދަންނައެވެ! مِحْراب އަކީ كَنِيْسَة ގައި އެތާނގެމަތީގައިވާ ކޮޓަރިއެއްކަމަށް مُفَسِّرން ވިދާޅުވެއެވެ. • مريم ގެފާނުންގެ އަރިހުގައި ހުންނަ ރިޒުގަކީ ހޫނުމޫސުމުގައި ފިނިމޫސުމުގެ މޭވާއެވެ. އަދި ފިނިމޫސުމުގައި ހޫނުމޫސުމުގެ މޭވާއެވެ. މިއީ އާދަޔާ خلاف ކަމެކެވެ. އެހެންވެ އެވާހަކަތައް އާޔަތުގައި بيان ވެގެންވާ ކަމުގައިވެއެވެ. والله أعلم.
-
3:38
هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ
Hunaalika daʻaa Zakariyyaa Rabbah: q̣aala Rabbi hab lee mil laduñka ẓurriyyatañ ṭayyibah: ʹinnaka Sameeʻud duʻaaaʹ.
އެހިނދު زكريّا (عليه السّلام) އެކަލޭގެފާނުންގެ رَبّ އަށް دُعَاء ދެންނެވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ. މިއަޅާއަށް އިބަރަސްކަލާނގެ حضرة ން ރަނގަޅު ދަރިފަސްކޮޅެއް ދެއްވާންދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ دعاء އައްސަވާވޮޑިގެންވާ ކަލާނގެއެވެ.
-
3:39
فَنَادَتْهُ ٱلْمَلَـٰٓئِكَةُ وَهُوَ قَآئِمٌ يُصَلِّى فِى ٱلْمِحْرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًۢا بِكَلِمَةٍ مِّنَ ٱللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ ٱلصَّـٰلِحِينَ
Fannaadathul malaaʹikatu wa-huwa q̣aaʹimuñy yuṣallee fil Miḥraabi ʹannal laaha yubashshiruka bi-Yaḥyaa muṣaddiq̣am bi-Kalimatim minal laahi wa-sayyidañw waḥaṣurañw wa-Nabiyyam minaṣ ṣaaliḥeen.
ދެންފަހެ އެކަލޭގެފާނު مِحْراب ގައި ނަމާދަށް قائم ވެ ހުންނަވަނިކޮށް مَلائكة އާ (جبريل عليه السّلام) ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ تعالى ކަލޭގެފާނަށް يحيى ގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر ދެއްވައެވެ. އެއީ ﷲ تعالى ގެ حضرة ންވާ كلمة އެއް ތެދުކުރައްވާ ޙާލުކޮޅުގައެވެ. (يحيى ގެފާނުގެ ނަންފުޅު އިންޖީލުގައުވަނީ يُوْحَنَّا އެވެ. އަދި ﷲ ގެ ޙަޟްރަތުންވާ ކަލިމައެއްގެ مُرَاد ކުރެވެނީ (عيسى عليه السلام އެވެ.) އެކަލޭގެފާނަށް ކަލިމަ ގެ لفظ ން مُرَاد ކުރެވެނީ އެކަލޭގެފާނު ހެއްދެވިފައިވަނީ ﷲ ގެ ބަސްފުޅު (كُنْ- އެބަހީ - ވާށޭ.) މި كلمة އިންނެވެ. والله أعلم. އަދި އެކަލޭގެފާނު އެބަހީ يحيى عليه السّلام ދުނިޔެއަށް ވަޑައިގަންނަވަނީ (އަޅުކަމާއި علم ގެ) ސާހިބެއްގެގޮތުގައްޔާއި އަދި އަންހެނުންނާ جماع ނުވާ ބޭކަލެއްގެގޮތުންނާއި އަދި نبي ބޭކަލެއްގެ ގޮތުންނާއި އަދި صالح މާތްމީހުންގެތެރެއިންވާ ބޭކަލެއްގެގޮތުންނެވެ.
-
3:40
قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌ وَقَدْ بَلَغَنِىَ ٱلْكِبَرُ وَٱمْرَأَتِى عَاقِرٌ ۖ قَالَ كَذَٰلِكَ ٱللَّهُ يَفْعَلُ مَا يَشَآءُ
Q̣aala Rabbi ʹannaa yakoonu lee g̣ulaamuñw waq̣ad balag̣aniyal kibaru wam-raʹatee ʻaaq̣ir? Q̣aala kaẓaalikal laahu yafʻalu maa- yashaaʹ.
އެކަލޭގެފާނު އެބަހީ زكريّا عليه السّلام ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! މިއަޅާއަށް ދަރިކަލަކު ލިބޭނީ ކޮންފަދައަކުންތޯއެވެ. ހަމަކަށަވަރުން މިއަޅާ عُمرންދުވަސްވެ މުސްކުޅިކަންބޮޑުވެއްޖެއެވެ. އަދި މިއަޅާގެ އަނބިކަނބަލުން އެއީ أصل އަށްވެސް ދަރިން ނުލިބޭ އަންހެނެކެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ކަންތައްހުރީ ތިޔަހެންނެވެ. ނަމަވެސް ﷲ، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވައެވެ. (އެކަލާނގެއަށް އެއީ ދަތިކަމެއްނޫނެވެ.)
-
3:41
قَالَ رَبِّ ٱجْعَل لِّىٓ ءَايَةً ۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَـٰثَةَ أَيَّامٍ إِلَّا رَمْزًا ۗ وَٱذْكُر رَّبَّكَ كَثِيرًا وَسَبِّحْ بِٱلْعَشِىِّ وَٱلْإِبْكَـٰرِ
Q̣aala Rabbij ʻal Leee ʹAayah! Q̣aala ʹAayatuka ʹallaa tukalliman naasa s̤alaas̤ata ʹayyaamin ʹillaa ramzaa. Waẓkur Rabbaka kas̤eerañw wasabbiḥ bilʻashiyyi wal-ʹib-kaar.
އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ! މިއަޅާއަށް އެކަމުގެ علامة އެއްލައްވައިދެއްވާނދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އެކަމުގެ علامة އަކީ ތިންދުވަސްވާންދެން ހަމައެކަނި އިޝާރަތާއި ރަމްޒީގޮތުންމެނުވީ ކަލޭގެފާނު މީސްތަކުންނާ ވާހަކަފުޅުނުދެއްކެވުމެވެ. އަދި ކަލޭގެފާނު ކަލޭގެފާނުންގެ رَبّ އަށް ހަވީރާއި ހެނދުނު ގިނަގިނައިން ذكرކުރައްވާ تَسْبِيح ވިދާޅުވާށެވެ!
-
3:42
وَإِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ ٱصْطَفَىٰكِ وَطَهَّرَكِ وَٱصْطَفَىٰكِ عَلَىٰ نِسَآءِ ٱلْعَـٰلَمِينَ
Wa-ʹiẓ q̣aa-latil malaaaʹikatu yaa-Maryamu ʹinnal laahaṣ ṭafaaki waṭahharaki waṣṭafaaki ʻalaa nisaaʹil ʻaalameen.
އަދި ملائكة އާ (جبريل عليه السّلام) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އޭ مريم އެވެ! ހަމަކަށަވަރުން ﷲ تعالى ކަމަނާ މާތްކުރައްވާ خاصّ ކުރައްވާ إختيار ކުރައްވައިފިއެވެ. އަދި دين އާއި عقيدة ގެ ގޮތުންނާއި އެންމެހައި فاحش ކަންތަކުން ކަމަނާ طاهر ކުރައްވައިފިއެވެ. އަދި عالم ތަކުގެ އަންހެނުންގެ މައްޗަށް އެކަލާނގެ ކަމަނާ މާތްކުރައްވާ خاصّ ކުރައްވައިފިއެވެ.
-
3:43
يَـٰمَرْيَمُ ٱقْنُتِى لِرَبِّكِ وَٱسْجُدِى وَٱرْكَعِى مَعَ ٱلرَّٰكِعِينَ
Yaa-Maryamu uq̣nutee li-Rabbiki wasjudee warkaʻee maʻar raakiʻeen.
އޭ مريم އެވެ! ކަމަނާ ކަމަނާގެ رَبّ އަށް ކިޔަމަންތެރިވެވަޑައިގެން އަޅުކަމުގައި ދެމިހުންނަވާށެވެ! އަދި ركوع ކުރާމީހުންނާއިއެކު ركوع ކުރައްވައި سجدة ކުރައްވާށެވެ. (އެބަހީ އަޅުކަން ކުރައްވާށެވެ!)
-
3:44
ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَـٰمَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ
Ẓaalika min ʹambaaaʹil g̣aybi noo-ḥeehi ʹilayk. Wa-maa kuñta ladayhim ʹiẓ yulq̣oona ʹaq̣laamahum ʹayyuhum yak-fulu Maryam: wa-maa kuñta ladayhim ʹiẓ yakhtaṣimoon.
(އޭ رَسول ﷲ އެވެ.) މި بَيَان ވެދިޔައީ (އެބަހީ إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا......... މިތަނުން ފެށިގެން މިހާތަނަށް بَيَان ވެގެންމިދިޔައީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ غَيْبُ ގެ خبر ތަކެވެ. (ކަލޭގެފާނަށްވެސް އަދި ކަލޭގެފާނުންގެ قوم ގެމީހަކަށްވެސް މިވާހަކަތައް މީގެކުރީގައި އެނގިގެން ނުވެއެވެ.) އަދި އެމީހުންގެ ގަލަންތައް (އެބަހީ زكريّا عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިތިބި މީހުންގެ ގަލަންތައް) مَريم ގެފާނާއި حوال ވާނީ ކާކުތޯ ބެލުމަށް قُرْعَة ލުމުގެގޮތުން ކޯރުތެރެއަށް އުކިހިނދު އެމީހުންގެތެރޭގައި ކަލޭގެފާނު ނުވަމުއެވެ. އަދި އެކަމާމެދު އެމީހުން ދެބަސްވެ އަރައިރުންވީހިނދުވެސް އެމީހުންގެ ތެރޭގައި ކަލޭގެފާނު ނުވަމުއެވެ.
-
3:45
إِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ
ʹIẓ q̣aa-latil malaaaʹikatu yaa-Maryamu ʹinnal laaha yubashshiruki bi-Kalimatim minhus muhul Maseeḥu ʻEesab nu Maryama wajeehañ fid dunyaa wal-ʹAakhirati wa-minal Muq̣arrabeen.
އަދި ملائكة އާ (އެބަހީ جبريل عليه السّلام مريم ގެފާނަށް) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ مريم އެވެ! ހަމަކަށަވަރުން ﷲ تعالى އެކަލާނގެ حضرة ންވާ كلمة އެއްގެ އުފާވެރި خبر އެކަލާނގެ ކަމަނާއަށް ދެއްވައެވެ. كلمة އިގެ ނަމަކީ المسيح އެވެ. مريم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) އެވެ. އެބޭކަލަކީ ދުނިޔެއާއި آخرة ގައިވެސް މަތިވެރިވެގެންވާ ދަރަޖަޔާ شرف ގެ ވެރި ބޭކަލެއްގެގޮތުގައެވެ. އަދި ﷲ ގެ حضرة ގައި ކުއްތަންވެގެންވާ ބޭކަލެއްކަމުގައެވެ.
-
3:46
وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا وَمِنَ ٱلصَّـٰلِحِينَ
Wa-yukallimun naasa fil mahdi wa-kahlañw waminaṣ ṣaaliheen.
އަދި ވިހޭތަންމަތީގައި އެންމެޅައިރުގައްޔާއި އަދި ބޮޑުފިރިހެނަކަށް ވުމަށްފަހުގައި އެކަލޭގެފާނު މީސްތަކުންނާއި ވާހަކަފުޅުދައްކަވާ ބޭކަލަކުކަމުގައެވެ. އަދި އެކަލޭގެފާނު ވަނީ صالح ބޭކަލުންގެތެރެއިންނެވެ.
-
3:47
قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
Q̣aalat Rabbi ʹannaa yakoonu lee waladuñw wa-lam yamsasnee bashar. Q̣aala kaẓaalikil laahu yakhlaq̣u maa- yashaaaʹ: ʹiẓaa q̣aẓaaa ʹamrañ faʹinnamaa yaq̣oolu lahoo ʻKUÑʹ fayakoon!
އެކަމަނާ އެބަހީ مَرْيَم ގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ! މިއަޅާއަށް ދަރިކަލަކުވާނީ ކޮންގޮތަކުންތޯއެވެ؟ އަދި މިއަޅާގެ ގައިގާ އާދަމުގެދަރިއަކު ނުބީހެއެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ﷲ އެފަދައެވެ. އެބަހީ ﷲ ގެ ހެއްދެވުން އެފަދައެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އެއްޗެއް އެކަލާނގެ ހައްދަވައެވެ. އެކަލާނގެ ކަމެއް ނިޔާކުރައްވަންޏާ އެކަމަކަށް އެކަލާނގެ وحي ކުރައްވަނީ "ވާށޭ" މިފަދައިންނެވެ. ދެން އޭރުން އެކަމެއް އެވީއެވެ.
-
3:48
وَيُعَلِّمُهُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ
Wa-yuʻallimuhul Kitaaba wal-Ḥikmata wat-Tawraata wal-ʹIñjeel,
އަދި އެކަލާނގެ އެކަލޭގެފާނަށް ލިއުމާއި حكمة އުގަންނަވައިދެއްވައި އަދި توراة އާއި إنجيل އުގަންނަވައި ދެއްވާނެއެވެ.
-
3:49
وَرَسُولًا إِلَىٰ بَنِىٓ إِسْرَٰٓءِيلَ أَنِّى قَدْ جِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ ۖ أَنِّىٓ أَخْلُقُ لَكُم مِّنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًۢا بِإِذْنِ ٱللَّهِ ۖ وَأُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لَّكُمْ إِن كُنتُم مُّؤْمِنِينَ
Wa-Rasoolanʹ ilaa Baneee ʹIsraaaʹeel: ʹannee q̣ad jiʹtukum̃ biʹaayatim mir Rabbikum ʹanneee ʹakhulq̣u lakum minaṭ ṭeeni kahayʹatiṭ ṭayri faʹanñfukhu feehi fayakoonu ṭayram biʹiẓnil laaḥ. Waʹubriʹul ʹakmaha wal-ʹabraṣa waʹuḥyil mawtaa biʹiẓnil laah. Waʹunabbiʹukum̃ bimaa taʹkuloona wamaa taddakhi fee bayootikum. ʹInna fee ẓaalika laʹaayatal lakum ʹiñ kuñtum Muʹmineen;
އަދި އެކަލާނގެ އެކަލޭގެފާނު ފޮނުއްވަނީ بني إسرائيل ންނަށްވާ رَسول އަކު ކަމުގައެވެ. (އަދި އެކަލޭގެފާނު رَسول ކަމާއިގެން ވަޑައިގެން ވިދާޅުވުމަށެވެ.) ހަމަކަށަވަރުން އަހުރެން ކަލޭމެންގެ ގާތަށް (رَسول ކަމާއިގެން) މިއައީ ކަލޭމެންގެ رَبّ ގެ حضرة ން دليل އާއިގެންނެވެ. (އަހުރެންގެ رَسول ކަން ތެދުކަމުގެމައްޗަށް مُعْجِزَة އާއިގެންނެވެ. ހަމަކަށަވަރުން އަހުރެން ކަލޭމެނަށް މަށީން ދޫނީގެ ސިފަޔަށް ހަދާފައި ދެން އަހުރެން އެއަށް ފުމެލުމުން ﷲ ގެ إذْنَ ފުޅަށް އޭތި ދޫންޏަކަށް ވާނެއެވެ. އަދި ވިހާއިރުވެސް އެއްގޮތަކަށް ލޮލުގެ އަލިކަން ނެތް ކަނުމީހުންނަށާއި ބަރޮސްބަލިޖެހިފައިވާ މީހުންނަށް ﷲ ގެ އިޒުނަފުޅަށް އަހުރެން ފަސޭހަކޮށްދީ ރަނގަޅުކޮށްދޭހުށީމެވެ. އަދި މަރުވެފައިވާ މީހުންވެސް ﷲ ގެ އިޒުނަފުޅަށް އަހުރެން ދިރުވަމެވެ. އަދި ކަލޭމެން ގޭގައި ކާތަކެއްޗާއި އަދި ނުކައި ރައްކާކޮށްފާ ހުންނަ ތަކެތީގެ خبر ވެސް އަހުރެން ކަލޭމެންނަށް ދޭހުށީމެވެ. ކަލޭމެންނަކީ އީމާންވާބަޔަކުކަމުގައިވަންޏާ ހަމަކަށަވަރުން އެކަންކަމުގައި ކަލޭމެންނަށް دليل ވެއެވެ. (އަހުރެންގެ رَسول ކަން ތެދުކުރުމުގެ މައްޗަށް ހުރި دليل ވެއެވެ.)
-
3:50
وَمُصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَلِأُحِلَّ لَكُم بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Wa-Muṣaddiq̣al limaa bayna yadayya minat Tawraati wa-liʹuḥilla lakum̃ baʻḍal laẓee ḥurrima ʻalaykum wa-jiʹtukum̃ biʹAayatim mir Rabbikum, fattaq̣ul laaha waʹaṭeeʻoon.
(އަދި އަހުރެން މިއައީ) އަހުރެންގެ ކުރީގައިވާފޮތް توراة ތެދުކުރާ ގޮތުގެމަތީންނެވެ. އަދި ކަލޭމެންގެމައްޗަށް حرام ކުރެވިގެންވާ ބައެއްތަކެތި ކަލޭމެނަށް حلال ކޮށްދިނުމަށެވެ. އަދި އަހުރެން رَسول ކަމާއިގެން ކަލޭމެންގެގާތަށް މިއައީ ކަލޭމެންގެ رَبّ ގެ حضرة ންވާ دليل އާއި مُعْجِزَة އާއިގެންނެވެ. ފަހެ އެހެންވެ ކަލޭމެން ﷲ އަށް ބިރުވެތިވެ تقوى ވެރިވާށެވެ! އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
-
3:51
إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۗ هَـٰذَا صِرَٰطٌ مُّسْتَقِيمٌ
ʹInnal laaha Rabbee wa-Rabbukum faʻbudooh. Haaẓaa Ṣiraṭum mustaq̣eem.
ހަމަކަށަވަރުން ﷲ އެއީ އަހުރެންނާއި އަދި ކަލޭމެންގެވެސް رَبّ އެވެ. އެހެންވެ ކަލޭމެން ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާށެވެ! ސީދާވެގެންވާ މަގަކީ އެއީއެވެ.
-
3:52
۞ فَلَمَّآ أَحَسَّ عِيسَىٰ مِنْهُمُ ٱلْكُفْرَ قَالَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشْهَدْ بِأَنَّا مُسْلِمُونَ
Fa-lammaaa ʹaḥassa ʻEesaa min-humul Kufra q̣aala man ʹAñṣaareee ʹilal laah? Q̣aalal Ḥawaariyyoona naḥnu ʹAñṣaarul laah: ʹaamannaa billaahi washhad biʹannaa Muslimoon.
ދެންފަހެ عيسى عليه السّلام އަށް އެމީހުންގެ ކިބައިން - އެބަހީ ބަނީ އިސްރާއީލުގެ ބައެއް މީހުންގެކިބައިން - ކާފަރުކަމާއި ދެކޮޅުވެރިކަމުގެ އަސަރު إحساس ވެވަޑައިގަތުމުން ވިދާޅުވިއެވެ. އަހުރެންނާއިއެކު ﷲ އަށް نصر ދޭނީ (ﷲ ގެ ދީނަށް نصر ދޭނީ) ކާކުހެއްޔެވެ؟ حَوَارِىُّ ން ދެންނެވިއެވެ. އަހުރެމެންނީ ﷲ އަށް نصر ދޭނޭ މީހުންނީމުއެވެ. (حَوَارِىُّ ންނަކީ عيسى عليه السّلام ގެ أصحاب ންނެވެ.) އަހުރެމެން އެކަލާނގެއަށް އީމާންވެއްޖައީމުއެވެ. ފަހެ ހަމަކަށަވަރުން އަހުރެމެންނީ ކިޔަމަންތެރިންކަމުގައި / مسلم ންކަމުގައި ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ.
-
3:53
رَبَّنَآ ءَامَنَّا بِمَآ أَنزَلْتَ وَٱتَّبَعْنَا ٱلرَّسُولَ فَٱكْتُبْنَا مَعَ ٱلشَّـٰهِدِينَ
Rabbanaaa ʹaamannaa bimaaa ʹañzalta wattabaʻnar Rasoola faktubnaa maʻash Shaahideen.
އޭ އަޅަމެންގެ رَبّ އެވެ! އިބަރަސްކަލާނގެ ބާވައިލެއްވިތަކެއްޗަށް (عيسى عليه السّلام) އަށް ބާވައިލެއްވި ތަކެއްޗަށް) އަޅަމެން އީމާންވެއްޖައީމު އެވެ. އެތަކެތި ތެދުކޮށްފީމުއެވެ. އަދި رَسول އާއަށް (އެބަހީ عيسى عليه السّلام އާއި) އަޅަމެން تبع ވެއްޖައީމެވެ. ފަހެ (حقّ އަށް تبع ވެ توحيد އަށް) ހެކިދޭމީހުންނާއިއެކު އަޅަމެން ލިއުއްވާނދޭވެ!
-
3:54
وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ
Wa-makroo wa-makral laah: wallaahu Khayrul maakireen.
އަދި އެމީހުން އެބަހީ ބަނީ އިސްރާއީލުގެ ބައެއްމީހުން (عيسى عليه السّلام އަވަހާރަކޮށްލުމަށް ނުބައި ރޭވުން ރޭވިއެވެ. އަދި ﷲ ވެސް އެމީހުންނަށް އޮޅޭގޮތް ހައްދަވައި އޮޅުވައިލެއްވިއެވެ. އަދި ﷲ އީ މަކަރުހަދާ ފަރާތްތަކުގެ ތެރެއިން އެންމެ ހެޔޮލަފާ ފަރާތެވެ. • ދަންނައެވެ! مكر ހެދުމަކީ އަދި ބޮޑާކަމަކީ ﷲ تعالى ގެ ذات ފުޅަށް މާތް ދެސިފައެވެ. އިންސާނުންގެ ނިސްބަތުގައި ހުތުރު އަދި ނުބައި ދެސިފައެވެ. އެކަލާނގެ مكر ހެއްދެވުން އޮންނަނީވެސް އެކަލާނގެ ذات ފުޅާ އެކަށީގެންވާގޮތަށެވެ. މިއާޔަތުގައި މިވާ މަކަރަކީ بني إسرائيل ންގެ ބަޔަކު عيسى عليه السّلام • އަވަހާރަކޮށްލަން ރޭވިހިނދުން އެކަލޭގެފާނުންގެ ސިފަފުޅު އެހެންމީހަކަށް ބަދަލުކުރެއްވުމެވެ. އެމީހުން މަރާ صَليب ކުރީ އެހެންމީހެކެވެ. އަދި އެކަލޭގެފާނު ﷲ އުޑަށް އުފުއްލެވީއެވެ. والله أعلم.
-
3:55
إِذْ قَالَ ٱللَّهُ يَـٰعِيسَىٰٓ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُوا۟ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوْقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۖ ثُمَّ إِلَىَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ
ʹIẓ q̣aalal laahu yaa-ʻEesaaa ʹinnee mutawaffika wa-raafiʻuka ʹilayya wa-muṭah-hiruka minal laẓeena kafaroo wa-jaaʻilul laẓeenat taabaʻooka fawq̣al laẓeena kafarooo ʹila Yawmil Q̣iyaamah. S̤umma ʹilayya marjiʻukum faʹaḥkumu baynakum feemaa kuñtum feehi takhtalifoon.
ﷲ تعالى (عيسى عليه السّلام އަށް) وحي ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ وحي ކުރެއްވިއެވެ. އޭ عيسى އެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަލޭގެފާނުންގެ ފުރާނަފުޅު ހިފަހައްޓަވާނޭ ކަލަކީމެވެ. އަދި ކަލޭގެފާނުން ތިމަންރަސްކަލާނގެ حضرة އަށް އުފުއްލަވާނެކަލަކީމެވެ. އަދި ކާފަރުވީ މީސްތަކުންގެ ކިބައިން ކަލޭގެފާނު طَاهر ކުރައްވާނޭ ކަލަކީމެވެ. (އެމީހުންގެ ކިބައިން ސަލާމަތްކުރައްވާހުށީމެވެ.) އަދި ކަލޭގެފާނާއި تبع ވީ މީސްތަކުން قيامة ދުވަހާއި ހަމައަށްދާންދެންވެސް ކާފަރުންނަށްވުރެ މަތީގައި ބައިތިއްބާނޭ ކަލަކީމެވެ. ދެން ކަލޭމެން (އެންމެންވެސް) އެނބުރި رُجُوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. އަދި ކަލޭމެންގެމެދުގައި އެކަމަކާއިމެދު إختلاف ވެ ދެބަސްވާކަމުގައިވީ ކަންކަމުގެ حكم ތިމަންރަސްކަލާނގެ ކުރައްވާހުށީމެވެ.
-
3:56
فَأَمَّا ٱلَّذِينَ كَفَرُوا۟ فَأُعَذِّبُهُمْ عَذَابًا شَدِيدًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ
Faʹammal aẓeena kafaroo faʹuʻaẓẓibuhum ʻaẓaabañ shadeedañ fid dunyaa wal-ʹAa wa-maa lahum min naaṣireen.
ފަހެ ކާފަރުވެއްޖެ މީސްތަކުން ދަންނައެވެ! ފަހެ އެމީހުންނަށް ގަދަވެގެންވާ عَذَاب އަކުން ތިމަންރަސްކަލާނގެ عَذَاب ދެއްވާހުށީމެވެ. ދުނިޔެއާއި آخرة ގައެވެ. އަދި އެމީހުންނަށް އެއްވެސް نصر ވެރިއަކު ނުވާހުއްޓެވެ.
-
3:57
وَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمْ أُجُورَهُمْ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ
Waʹammal laẓeena ʹaamanoo waʻamiluṣ ṣaaliḥaati fayu ʹujoorahum: wallaahu laa- yuḥibbuz̤̣ z̤̣aalimeen.
އަދި އީމާންވެގެން صالح عمل ކުރި މީސްތަކުން ދަންނައެވެ. ފަހެ އެމީހުންނަށް އެމީހުންގެ أجُور ފުރިހަމައަށް އެކަލާނގެ ދެއްވާނެއެވެ. އަދި އަނިޔާވެރިންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
-
3:58
ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ ٱلْـَٔايَـٰتِ وَٱلذِّكْرِ ٱلْحَكِيمِ
Ẓaalika natloohu ʻalayka minal ʹAayaati waẓ-Ẓikril Ḥakeem.
އެއީ - އެބަހީ އިސްވެދިޔަ خبر ތަކަކީ يعني عيسى عليه السّلام އާއި އެކަލޭގެފާނުންގެ މަންމާފުޅު مريم ގެފާނާ އެކަމަނާގެ މަންމާފުޅު حَنَّة އާއި އަދި زكريّا عليه السّلام އާއި އެކަލޭގެފާނުންގެ ދަރިކަލުން يَحْيى عليه السّلام އާއި އަދި حَوَارى ގެ ވާހަކަތަކާއި އަދި بني إسرائيل ންކުރެ يهودي ންގެ ވާހަކަތަކާއި މިއެންމެހައި ވާހަކަތަކަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދޭ حُجَّة އާއި عِبْرة ގެތެރެއިންނާއި حكم ގަދަވެގެންވާ ذِكْرُ އެބަހީ ކީރިތި قرآن ގެތެރެއިންވާ خبر ތަކެވެ.
-
3:59
إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ
ʹInna mas̤ala ʻEesaa ʻiñdal laahi kamas̤ali ʹAadam; khalaq̣ahoo miñ turaabiñ s̤umma q̣aala lahoo ʻKUÑʹ fayakoon.
ހަމަކަށަވަރުން ﷲ تعالى ގެ حضرة ގައި (ހެއްދެވުމުގެގޮތުން) عيسى عليه السّلام އާއި آدم عليه السّلام އާއި އެއްގޮތެވެ. آدم عليه السّلام. ﷲ تعالى ހައްދަވާފައިވަނީ ވެލީންނެވެ. ދެން އެކަލާނގެ އެކަލޭގެފާނަށް ވާށޭ އެންގެވީއެވެ. ދެން އެވީއެވެ. • ﷲ تعالى آدم عليه السّلام ހައްދަވާފައިވަނީ މަޔަކު ބަފައަކާއި ނުލައެވެ. عيسى عليه السّلام ހެއްދެވީ ބަފަޔަކާނުލައެވެ. (އަދި އޭގެކުރިން حَوّى ގެފާނު ހެއްދެވީ މަޔަކާއި ނުލައެވެ.) މިހުރީހައްތާވެސް ހެއްދެވި خالق މަތިވެރި رَبّ سبحانه وتعالى ގެ ހެއްދެވުމުގެ ފޯރުންތެރިކަމާއި ކުޅަދާނަކަމެވެ. މިހެން މިކަންހުރިއިރު ﷲ تعالى ބަފަޔަކާނުލައި عيسى عليه السّلام ހެއްދެވީމާ އެއީ ﷲ ގެދަރިކަލުންނޭ ކިޔައިގެން އެކަލޭގެފާނަށް އަޅުކަންމިކުރާ ރަންބުއްދީގެ މޮޔަ جاهل ން آدم عليه السّلام އަށް އަޅުކަން ނުކުރަނީ ކީއްވެބާވައެވެ؟ އެގޮތުން ބަލާއިރު مَخلوق އަކަށް އަޅުކަންކުރާން ހުއްދަވާނެނަމަ آدم ގެފާނަށް އަޅުކަންކުރުން މާ އައުލާ ނޫންބާވައެވެ. އަދި އެކަލޭގެފާނީ ﷲ تعالى مَلاَئكة ބޭކަލުން ލައްވައި އެކަލޭގެފާނަށް سجدة ކުރުއްވި ކަލޭގެފާނެވެ. ވީމާ މިކަމާ ނުވިސްނަމުތޯއެވެ؟ ﷲُمَّ لاَ شَريك لَكَ.
-
3:60
ٱلْحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلْمُمْتَرِينَ
ʹAl-Ḥaq̣q̣u mir Rabbika falaa takun minal mumtareen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ ގެ حضرة ން އައިސްފައިވަނީ حقّ ތެދެވެ. ފަހެ ޝައްކުކުރާ މީހުންގެތެރެއިން ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ! (ފަހެ عيسى عليه السّلام އާއި ބެހޭގޮތުން ކަލޭގެފާނާއި جَدَل ކުރަން އައި نَجْرَان ގެ نَصارى އިންނަށް جواب ދެއްވުމުގައި އިސްވެދިޔަ ވާހަކަތައް ފުދޭނެއެވެ. އެއީ حقّ ވާހަކައެވެ. عيسى عليه السّلام އަކީ ﷲ އެއްނޫނެވެ. އަދި ﷲ ގެ ދަރިކަލެއްވެސްނޫނެވެ. އެއީ ހަމަ آدم ގެ ދަރިއެކެވެ. ﷲ ގެއަޅެކެވެ. رسول ބޭކަލެކެވެ.)
-
3:61
فَمَنْ حَآجَّكَ فِيهِ مِنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ فَقُلْ تَعَالَوْا۟ نَدْعُ أَبْنَآءَنَا وَأَبْنَآءَكُمْ وَنِسَآءَنَا وَنِسَآءَكُمْ وَأَنفُسَنَا وَأَنفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَل لَّعْنَتَ ٱللَّهِ عَلَى ٱلْكَـٰذِبِينَ
Faman ḥaajjaka feehi mim baʻdi maa- jaaaʹaka minal ʻilmi faq̣ul taʻaalaw nadʻu ʹabnaaaʹanaa Waabnaaaʹakum Wanisaaaʹanaa wa-nisaaaʹakum waʹañfusanaa waʹañfusakum s̤umma nabtahil fanajʻal laʻnatal laahi ʻalal kaaẓibeen.
(އޭ رسول ﷲ އެވެ.) ތިމަންރަސްކަލާނގެ حضرة ން ކަލޭގެފާނަށް އަންގަވައިދެއްވި بيان އަށްފަހު އެކަލޭގެފާނާއިމެދު - (އެބަހީ عيسى عليه السّلام އާއިމެދު) އެބަޔާނާއި އިދިކޮޅަށް ކަލޭގެފާނާ جدل ކޮށްހަދާ ބަޔަކަށް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަންނާށެވެ. އަހުރެމެން އަހުރެމެންގެ ދަރިންނަށް ގޮވާނީއެވެ. ކަލޭމެން ކަލޭމެންގެ ދަރިންނަށް ގޮވާ ގެންނާނީއެވެ! އަދި އަހުރެމެން އަހުރެމެންގެ އަންހެނުންނަށް ގޮވާނީއެވެ. އަދި ކަލޭމެން ކަލޭމެންގެ އަންހެނުންނަށް ގޮވާނީއެވެ. އަދި އަހުރެމެންގެ نفس ތަކާއި ކަލޭމެންގެ نفس ތަކާއި މިއެންމެން އެއްކޮށްތިބެ ﷲ އަށް إبتهال ކުރާނީއެވެ. އެބަހީ އަހުރެމެންކުރެ ދޮގުހަދާބައެއްގެ މައްޗަށް ﷲ ގެ لعنة ލެއްވުންއެދި އެންމެންއެކީ دعاء ކުރާނީއެވެ. مُبَاهَلَة ކުރުމަކީ لعنة ލެއްވުމަށް دعاء ކުރުމެވެ.
-
3:62
إِنَّ هَـٰذَا لَهُوَ ٱلْقَصَصُ ٱلْحَقُّ ۚ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ۚ وَإِنَّ ٱللَّهَ لَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ʹInna haaẓaa lahuwal q̣aṣaṣul ḥaq̣q̣: wa-maa min ʹilaahin ʹillal laah: waʹinnal laaha la-Huwal ʻAzeezul Ḥakim.
ހަމަކަށަވަރުން މިވާހަކަތަކަކީ (އެބަހީ عيسى عليه السّلام އާއިމެދު) ކަލޭގެފާނަށް ތިމަންރަސްކަލާނގެ މި وحي ކުރެއްވި ވާހަކަތަކީ ހަމަ حقّ ތެދުވާހަކަތަކެވެ. (އެކަލޭގެފާނަކީ ﷲ އެއްނޫނެވެ. އަދި ﷲ ގެ ދަރިކަލެއްވެސް ނޫނެވެ. - އެއީ ﷲ މާތްކުރެއްވި އަޅެކެވެ. މާތްވެގެންވާ رسول ބޭކަލެކެވެ. إلهيّة ވަންތަކަމުގެ އެއްވެސް މިންވަރެއް އެކަލޭގެފާނަށް حقّ ވެގެން ނުވެއެވެ.) ﷲ މެނުވީ حقّ ވެގެންވާ އެހެން އެއްވެސް إله އަކު ނުވެއެވެ. އަދި ހަމަކަށަވަރުން ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
3:63
فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ عَلِيمٌۢ بِٱلْمُفْسِدِينَ
Faʹiñ tawallaw faʹinnal laaha ʻAleemum bil-mufsideen.
ދެންފަހެ އެމީހުން އެނބުރި ފުރަގަސްދީފިއްޔާ (ކަލޭގެފާނު އެމީހުންގެ ފަރާތުން ދުރުވެވަޑައިގަ ންނަވާށެވެ! އެމީހުންގެ ބަސް قبول ނުކުރައްވާށެވެ. އެއީ فاسد ންނެވެ.) ފަހެ ހަމަކަށަވަރުން ފާސިދުކޮށްހަދާމީހުން - އުރެދޭމީހުން ﷲ تعالى ރަނގަޅަށް ދެނެވޮޑިގެންވެއެވެ.
-
3:64
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ تَعَالَوْا۟ إِلَىٰ كَلِمَةٍ سَوَآءٍۭ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا ٱللَّهَ وَلَا نُشْرِكَ بِهِۦ شَيْـًٔا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَقُولُوا۟ ٱشْهَدُوا۟ بِأَنَّا مُسْلِمُونَ
Q̣ul yaaa-ʹahlal Kitaabi taʻaalaw ʹilaa Kalimatiñ sawaaaʹim baynanaa wa-baynakum ʹallaa naʻbuda ʹilal laaha wa-laa nushrika bihee shayʹañw walaa yat-takhiẓa baʻḍunaa baʻḍan ʹarbaabam miñ doonil laah. Faʹiñ tawallaw faq̣oolush hadoo biʹannaa Muslimoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭ أهل كتاب ންނޭވެ! ކަލޭމެންނާ އަހުރެމެންނާ ދެފަރާތް ހަމަހަމަވާ އެއްކަލިމައެއްގެމައްޗަށް (އެއްބަސްވުމަށް) ކަލޭމެން އަންނާށެވެ! އެއީ އަހުރެމެން ދެބައިމީހުންވެސް ﷲ އަށް މެނުވީ އަޅުކަން ނުކުރުމަށާއި އަދި އަހުރެމެން އެއްބަޔަކުވެސް އެއްވެސް އެއްޗަކާއި އެ އެކަލާނގެއާއި شَرِيْكُ ނުކުޅައުމަށާއި އަދި ﷲ ފިޔަވައި އަހުރެމެން އެއްބަޔަކު އަނެއްބަޔަކު އެއީ رَبّ ންކަމުގައި ނުހެދުމެވެ. (މިކަން ކަމަށް އެއްބަސްވުމަށް ކަލޭމެން އަންނާށެވެ!) ދެންފަހެ އެމީހުން (އެކަމަށް އެއްބަސްނުވެ) އެނބުރި ފުރަގަސްދީފިއްޔާ ކަލޭމެން مسلم ން އެމީހުންނަށް ބުނާށެވެ! ހަމަކަށަވަރުން އަހުރެމެން ކިޔަމަންވެގެންވާ ބަޔަކުކަމުގައި (އެބަހީ ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެއަށް شريك އަކުނުވާ ކަމަށާއި އެކަލާނގެއަށް ރަނގަޅަށް ކިޔަމަންވެގެންވާ مسلم ންކަމުގައި) އަހުރެމެން ވާކަމަށް ކަލޭމެން ހެކިވާށެވެ.
-
3:65
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تُحَآجُّونَ فِىٓ إِبْرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوْرَىٰةُ وَٱلْإِنجِيلُ إِلَّا مِنۢ بَعْدِهِۦٓ ۚ أَفَلَا تَعْقِلُونَ
YaaʹAhlal Kitaabi lima tuḥaajjoona feee ʹIbraaheema wa-maaa ʹunẓilatit Tawraatu wal-ʹIñjeelu ʹillaa mim baʻdih? Afalaa taʻq̣iloon.
އޭ أهل كتابُ ންނޭވެ! إبراهيم (عليه السّلام) އާއިމެދު ކަލޭމެން جَدَل ކޮށް އަރައިރުންވަނީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނަށް ފަހުގައި މެނުވީ (އެބަހީ، އެކަލޭގެފާނު ދުނިޔޭގައި އުޅުއްވާ އަވަހާރަވުމަށް ފަހުގައިމެނުވީ) توراة އާއި إنجيل ބާވައިލެއްވުނުކަމުގައި ނުވެއެވެ. ކަލޭމެން ފަހެ އެއްވެސް އެއްޗެއް ވިސްނާ فِكر ނުކުރަނީހެއްޔެވެ؟
-
3:66
هَـٰٓأَنتُمْ هَـٰٓؤُلَآءِ حَـٰجَجْتُمْ فِيمَا لَكُم بِهِۦ عِلْمٌ فَلِمَ تُحَآجُّونَ فِيمَا لَيْسَ لَكُم بِهِۦ عِلْمٌ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
Haaaʹañtum haaaʹulaaaʹi ḥaa-jajtum feemaa lakum̃ bihee ʻilmuñ falima tuḥaajjoona feemaa laysa lakum̃ bihee ʻilm? Wal-laahu yaʻlamu waʹañtum laa- taʻlamoon!
އޭކަލޭމެން މިތިބަމީހުންނޭވެ! ކަލޭމެންނަށް އެކަންކަން އެނގޭ އަދި އޭގެ معلومات އެއްވާކަންކަމުގައި ކަލޭމެން جدل ކޮށްފީމުއެވެ. جدل ކުރަމެވެ. އަދި އެކަމަކު އެކަމެއްގައި ކަލޭމެނަށް އެއްވެސް އެނގުމެއް އަދި معلومات އެއްނެތް ކަމަކާއިމެދު ކަލޭމެން جدل ކޮށް އަރައިރުންވަނީ ކީއްވެގެންހެއްޔެވެ؟ އަދި ﷲ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ.
-
3:67
مَا كَانَ إِبْرَٰهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَـٰكِن كَانَ حَنِيفًا مُّسْلِمًا وَمَا كَانَ مِنَ ٱلْمُشْرِكِينَ
Maa- kaana ʹIbraaheemu Yahududiyaañw walaa Naṣraaniyyañw Wa laakiñ kaana Ḥaneefam Muslimaa: wa-maa kaana minal Mushrikeen.
إبراهيم (عليه السّلام) يهودي އަކުކަމުގައި ނުވެއެވެ. އަދި نصرانى އަކުކަމުގައިވެސް އެކަލޭގެފާނު ނުވެއެވެ. އަދި އެހެނެއްކަމަކު އެކަލޭގެފާނުވެވަޑައިގެންނެވީ توحيد އަށް ސީދާ شرك އާއި ދުރުވެގެންވާ مسلم އަކުކަމުގައެވެ. އަދި مشرك ންގެތެރެއިން އެކަލޭގެފާނުވެވަޑައިނުގަންނަވައެވެ.
-
3:68
إِنَّ أَوْلَى ٱلنَّاسِ بِإِبْرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَـٰذَا ٱلنَّبِىُّ وَٱلَّذِينَ ءَامَنُوا۟ ۗ وَٱللَّهُ وَلِىُّ ٱلْمُؤْمِنِينَ
ʹInna ʹawlan naasi biʹIb lallaẓeenat tabaʻoohu wa-haaẓan Nabiyyu wallaẓeena ʹaamanoo: wallaahu Waliyyul Muʹmineen.
ހަމަކަށަވަރުން إبراهيم عليه السّلام އާއި އެންމެ އައުލާ މީހުންނަކީ - އެކަލޭގެފާނާއި އެންމެ ގާތް މީހުންނަކީ ހަމަކަށަވަރުން އެކަލޭގެފާނާއި تبع ވީ މީހުންނެވެ. ދެން މިމާތް نَبِى އާ محمّد ﷺ އެވެ. އަދި އެކަލޭގެފާނަށް - އެބަހީ محمّد ގެފާނަށް އީމާންވީމީހުންނެވެ. އަދި ﷲ އެއީ مؤمن ންގެ ސަހަރޯވެރިޔާއެވެ.
-
3:69
وَدَّت طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَـٰبِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ
Waddaṭ ṭaaaʹifatum min ʹAhlil Kitaabi law yuḍilloonakum. Wa-maa yuḍilloona ʹillaaa ʹañfusahum wa-maa yashʻuroon.
އަދި أهل كتاب ންގެ އެއް جماعة އެއްގެބަޔަކު ކަލޭމެން مؤمن ން މަގުފުރެދުމަށް ލޯބިކުރިއެވެ. (އެމީހުން މަގުފުރެދޭނެނަމަ ކިހާރަނގަޅުވާނެތާއޭ ހިތަށްއަރައެވެ. އެކަމަށް ލޯބިކުރެއެވެ.) އަދި އެހެނެއްކަމަކު އެމީހުންގެ އަމިއްލަ نفس މެނުވީ އެމީހުން މަގުނުފުރައްދައެވެ. އެގޮތް އެމީހުންނަށް إحساس ވެސް ނުވެއެވެ.
-
3:70
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَأَنتُمْ تَشْهَدُونَ
YaaaʹAhlal Kitaabi lima takfuroona biʹAayaatil laahi waʹantum tashhadoon.
އޭ أهل كتاب ންނޭވެ! (يهودي ންނާއި نصارى އިންނެވެ.) ކަލޭމެން ރަނގަޅަށް އެނގޭ حال އަދި ހެކިވާ حال ކަލޭމެން ﷲ ގެ އާޔަތްތަކަށް ކާފަރުވަނީ ކީއްވެގެންހެއްޔެވެ؟
-
3:71
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَلْبِسُونَ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُونَ ٱلْحَقَّ وَأَنتُمْ تَعْلَمُونَ
YaaaʹAhlal Kitaabi lima talbisoonal ḥaq̣q̣a bilbaaṭili wa-taktumoonal ḥaq̣q̣a waʹañtum taʻlamoon?
އޭ أهل كتاب ންނޭވެ! ކަލޭމެން حقّ باطل އަށް އޮޅުވާ އަދި حقّ ވަންހަނާކުރަނީ ކީއްވެގެންހެއްޔެވެ؟ (އަދި حقّ އެއީ ހަމަ حقّ ކަން އެނގޭ حال ކަލޭމެން އެހެން ހަދަނީ ކީއްވެގެންހެއްޔެވެ؟
-
3:72
وَقَالَت طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَـٰبِ ءَامِنُوا۟ بِٱلَّذِىٓ أُنزِلَ عَلَى ٱلَّذِينَ ءَامَنُوا۟ وَجْهَ ٱلنَّهَارِ وَٱكْفُرُوٓا۟ ءَاخِرَهُۥ لَعَلَّهُمْ يَرْجِعُونَ
Wa-q̣aalaṭ ṭaaaʹifatum min ʹAhlil Kitaabi ʹaaminoo billaẓeee ʹaamanoo ʻalal laẓeena ʹaamanoo waj-han nahaari wak-furooo ʹaakhirahoo laʻallahum yarjiʻoon;
އަދި أهل كتاب ންގެ އެއް جماعة އެއްގެމީހުން (އޭގެ އަނެއްބަޔަކަށް) ބުންޏެވެ. (محمّد ﷺ) އަށް އީމާންވީ މީހުންގެމައްޗަށް ބާވައިލެއްވުނު ތަކެއްޗަށް (ކީރިތި قرآن އަށާއި ދެންވެސް وحي އަށް) ދުވާލުގެ ކުރީކޮޅުގައި ކަލޭމެން އީމާންވާށެވެ! އަދި ދުވާލުގެ ފަހުކޮޅު އެތަކެއްޗަށް ކާފަރުވާށެވެ. އެއީ އެމީހުން އެމީހުންގެ دين ން އެނބުރި رجوع ވޭތޯއެވެ.
-
3:73
وَلَا تُؤْمِنُوٓا۟ إِلَّا لِمَن تَبِعَ دِينَكُمْ قُلْ إِنَّ ٱلْهُدَىٰ هُدَى ٱللَّهِ أَن يُؤْتَىٰٓ أَحَدٌ مِّثْلَ مَآ أُوتِيتُمْ أَوْ يُحَآجُّوكُمْ عِندَ رَبِّكُمْ ۗ قُلْ إِنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ
Wa-laa tuʹminooo ʹillaa limañ tabiʻa Deenakum. Q̣ul ʹinnal hudaa hudal laahi ʹañy yuʹtaaa ʹaḥadum mis̤la maaa ʹooteetum ʹaw yuḥaaaj ʻiñda Rabbikum. Q̣ul ʹinnal faḍla biyadil lah: yuʹteehi mañy yashaaaʹ: wal-laahu Waasiʻun ʻAleem.
(އަދި އޭގެ އެއްބަޔަކު އޭގެ އަނެއްބަޔަށް ބުނެއެވެ.) ކަލޭމެންގެ دين އަށް تبع ވީ މީހަކަށް މެނުވީ ކަލޭމެން އީމާންނުވާށެވެ! (އޭ رَسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށޭވެ! ހަމަކަށަވަރުން ތެދުމަގަކީ ﷲ ގެ ތެދުމަގެވެ. • ދަންނައެވެ! އާޔަތުގައިވާ قُلْ إِنَّ الْهُدَىٰ هُدَى اللَّهِ - އެބަހީ ހަމަކަށަވަރުން ތެދުމަގަކީ ﷲ ގެމަގެވެ. މި جملة އަކީ أهل كتاب ންގެ ވާހަކަ މެދުކަނޑުއްވާލައްވާފައިވާ جملة އެކެވެ. ވީމާ އާޔަތުގެ މާނަ ކިޔާއިރު އެއާޔަތުގެ އެތަންކޮޅު ފަހުން ކިޔާގޮތަށް ބާއްވާފައިވާ އެ جملة ގެ ކުރީ ބަޔާއި ފަހުބަޔާއި ގުޅައިގެން ކިޔާއިރު ބައެއްމީހުންނަށް މާނަ ވިސްނައިގަންނަން ފަސޭހަވެދާނެއެވެ. والله أعلم. ދެން އޭރުން މާނަ ކިޔޭނީ "ކަލޭމެންގެ دين އާއި تبع ވީ މީހަކާއި ނޫނީ ކަލޭމެން تبع ނުވާށެވެ. އަދި ކަލޭމެނަށް ދެވިފައިވާފަދަ އެއްޗެއް އެހެންމީހަކަށް ދެވުނަސް ކަލޭމެން އީމާންނުވާށެވެ. އަދި ކަލޭމެންގެ رَبّ ގެ حضرة ގައި އެމީހުން ކަލޭމެންގެމައްޗަށް حجّة قائم ކުރުމަށް ކަލޭމެން އީމާންނުވާށެވެ." މިއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން فضل ވަންތަކަންވަނީ ހަމަ ﷲ ގެ އަތްޕުޅުގައެވެ. އެކަލާނގެ فضل ވަންތަކަން (އެބަހީ نبي ކަމާއި رَسول ކަން) އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދެއްވައެވެ. އަދި ﷲ އީ فضل ވަންތަކަން ތަނަވަސްވެވޮޑިގެންވާ ކަލާނގެއެވެ. އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
3:74
يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۗ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
Yakhtaṣṣu biraḥmatihee mañy yashaaaʹ. Wal-laahu Ẓul faḍlil ʻAz̤̣eem.
އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު އެކަލާނގެ رحمة އަށް އެކަލާނގެ خاصّ ކުރައްވައެވެ. އަދި ﷲ އީ ބޮޑުވެގެންވާ فضل ވަންތަކަމުގެވެރި ކަލާނގެއެވެ.
-
3:75
۞ وَمِنْ أَهْلِ ٱلْكِتَـٰبِ مَنْ إِن تَأْمَنْهُ بِقِنطَارٍ يُؤَدِّهِۦٓ إِلَيْكَ وَمِنْهُم مَّنْ إِن تَأْمَنْهُ بِدِينَارٍ لَّا يُؤَدِّهِۦٓ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَآئِمًا ۗ ذَٰلِكَ بِأَنَّهُمْ قَالُوا۟ لَيْسَ عَلَيْنَا فِى ٱلْأُمِّيِّـۧنَ سَبِيلٌ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ
Wa-min ʹAhlil Kitaabi man ʹiñ taʹmanhu biq̣iñṭaariñy yuʹaddiheee ʹilayk. Wa-minhum man ʹiñ taʹmanhu bideenaril laa yuʹaddiheee ʹilayka illaa maa- dumta ʻalayhi q̣aaaʹimaa. Ẓaalika biʹannahum q̣aaloo laysa ʻalaynaa fil ʹummiyyeena sabeel. Wa-yaq̣ooloona ʻalal laahil Kaẓiba wa-hum yaʻlamoon.
(އޭ رسول ﷲ އެވެ!) قِنْطَار އެއްހާ ގިނަމުދާ އަމާނާތުގެގޮތުން ކަލޭގެފާނު އެމީހެއްގެ އަތުގައި ބެހެއްޓެވިނަމަވެސް އެމުދާ ކަލޭގެފާނަށް އަދާކޮށްދޭފަދަ (އަމާނާތްތެރި) މީހުންވެސް أهل كتاب ންގެ ތެރޭގައިވެއެވެ. އަދި އެންމެ ދީނާރެއްގެ މިންވަރުގެ (މަދު) އެތިކޮޅެއް އަމާނާތުގެ ގޮތުން ކަލޭގެފާނު އެމީހެއްގެ އަތުގައި ބެހެއްޓެވިނަމަވެސް ކަލޭގެފާނު އެއެތިކޮޅު އަދާކޮށްދެއްވުން އެދި އެކަމަށް އެމީހާގެ ފަހަތުގައި قائم ވެހުރިއްޔާމެނުވީ އެމީހާ އެއެތިކޮޅު ކަލޭގެފާނަށް އަދާނުކޮށްދޭނޭ މީހުންވެސް އެމީހުންގެތެރޭގައިވެއެވެ. އެމީހުން އެގޮތަށް ކަންތައްކުރަނީ އެމީހުން ހަމަކަށަވަރުން ބުނާކަމުގެ ސަބަބުންނެވެ. (އެމީހުން ބުނެއެވެ.) أمّى ންނާއިމެދު (އެބަހީ عربى ންނާއިމެދު) އަހުރެމެންގެމައްޗަށް އެއްވެސްކަމެއް واجب ވެގެން ނުވެއެވެ. އެމީހުންނާމެދު އަހުރެމެންގެމައްޗަށް އެއްވެސް ކުށެއްނުވެއެވެ. އަދި އެމީހުން ރަނގަޅަށް ދެނެތިބި حال އެމީހުން ﷲ ގެމައްޗަށް ބޮޑުދޮގު ބަސްތައް ބުނަނީއެވެ. ދޮގުހަދަނީއެވެ.
-
3:76
بَلَىٰ مَنْ أَوْفَىٰ بِعَهْدِهِۦ وَٱتَّقَىٰ فَإِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ
Balaa man ʹawfaa biʻahdihee wattaq̣aa faʹinnal laaha yuḥibbul Muttaq̣een.
އެއްގޮތަކަށްވެސް ކަންހުރީ އެމީހުން އެބުނާގޮތަކަށް ނޫނެވެ. އަދި ކިއެއްހެއްޔެވެ! ﷲ އާއި އެމީހަކާއި ދެމެދު ވެވިފައިވާ وعد އަދި ކުރެވިފައިވާ عهد ފުއްދައި تقوى ވެރިވެއްޖެމީހާ ދަންނައެވެ! ފަހެ ހަމަކަށަވަރުން تقوى ވެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. * قِنْطَار އަކީ ހަންދަރެކެވެ. ނުވަތަ ގިނަ ބައިވަރެވެ.
-
3:77
إِنَّ ٱلَّذِينَ يَشْتَرُونَ بِعَهْدِ ٱللَّهِ وَأَيْمَـٰنِهِمْ ثَمَنًا قَلِيلًا أُو۟لَـٰٓئِكَ لَا خَلَـٰقَ لَهُمْ فِى ٱلْـَٔاخِرَةِ وَلَا يُكَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيْهِمْ يَوْمَ ٱلْقِيَـٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ
ʹInnal laẓeena yashtaroona biʻahdil laahi waʹaymaanihim s̤amanañ q̣aleelan ʹulaaaʹika laa- khalaaq̣a lahum fil ʹAakhirati wa-laa yukalimuhumul laahu wa-laa yañz̤̣ura ʹilayhim Yawmal Q̣iyaamati wa-laa yuzakkeehim: wa-lahum ʻaẓaabun ʹaleem.
ހަމަކަށަވަރުން ﷲ އާއި ތިމާމެންނާއި ދެމެދު ކޮށްފައިވާ وعد އާއި عَهْدُ (ދުންޔަވީ ކުޑަކުޑަ އެއްޗަކަށް) ކުޑައަގަކަށް ވިއްކާމީހުން (ބަދަލުކުރާމީހުން ދަންނައެވެ!) އެމީހުންނަށް آخرة ގައި އެއްވެސް ނަސީބެއްނެތެވެ. އަދި އެމީހުންނާއި ﷲ رحمة ގެ ބަސްފުޅު وحي ނުކުރައްވާނެއެވެ. އަދި قيامة ދުވަހުން އެކަލާނގެ رحمة ގެ ބެއްލެވުން ނުބައްލަވާނެއެވެ. އަދި އެކަލާނގެ އެމީހުން طاهر ނުކުރައްވާނެއެވެ. އަދި އެމީހުންނަށް ހުންނަހުށީ ވޭންދެނިވި عَذَاب އެވެ.
-
3:78
وَإِنَّ مِنْهُمْ لَفَرِيقًا يَلْوُۥنَ أَلْسِنَتَهُم بِٱلْكِتَـٰبِ لِتَحْسَبُوهُ مِنَ ٱلْكِتَـٰبِ وَمَا هُوَ مِنَ ٱلْكِتَـٰبِ وَيَقُولُونَ هُوَ مِنْ عِندِ ٱللَّهِ وَمَا هُوَ مِنْ عِندِ ٱللَّهِ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ
Waʹinna minhum lafareeq̣añy yalwoona ʹalsinatahum̃ bil-Kitaabi litaḥsaboohu minal Kitaabi wa-maa huwa minal Kitaab. Wa-yaq̣ooloona huwa miñ ʻiñdil laahi wa-maa huwa min ʻiñdil laah: wa-yaq̣ooloona ʻalal laaheel kaẓiba wa-hum yaʻlamoon.
އަދި އެމީހުންގެތެރޭގައި ﷲ ގެ އާޔަތްތައް ކިޔެވުމުގައި ދޫފުރޮޅާ ދޫކަތިކުރާމީހުން ވެއެވެ. (އެއީ ބާވައިލެއްވިގޮތް ނޫން އެހެނިހެން ގޮތްގޮތަށް ކިއުމަށެވެ.) އެއީ އެމީހުންގެ އެވާހަކަތަކަކީވެސް ﷲ ބާވައިލެއްވި ތަންތަންކަމުގައި ކަލޭމެން ހީކުރުމަށްޓަކައެވެ. (އެކަމަކު) އެއީ ﷲ ބާވައިލެއްވި ފޮތުގެ ތަންތަން ކަމުގައި ނުވެއެވެ. އަދި އެމީހުން ބުނަނީއެވެ. މިއީ ﷲ ގެ حضرة ންވާ ބަސްފުޅެވެ. (އެކަމަކު) އެއީ ﷲ ގެ حضرة ންވާ ބަހެއްނޫނެވެ. އަދި އެމީހުންނަށް ހަމަ އެނގިތިބެ އެމީހުން ﷲ އަށް ދޮގުހަދަނީއެވެ.
-
3:79
مَا كَانَ لِبَشَرٍ أَن يُؤْتِيَهُ ٱللَّهُ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا۟ عِبَادًا لِّى مِن دُونِ ٱللَّهِ وَلَـٰكِن كُونُوا۟ رَبَّـٰنِيِّـۧنَ بِمَا كُنتُمْ تُعَلِّمُونَ ٱلْكِتَـٰبَ وَبِمَا كُنتُمْ تَدْرُسُونَ
Maa- kaana libasharin ʹañy yuʹtiyahul laahul Kitaaba wal-Ḥukma wan-Nubuwwata s̤umma yaq̣oola linnaasi koonoo ʻibaadal lee miñ doonil laahi wa-laakiñ koonoo Rabbaaniyyeena bimaa kuñtum tuʻallimoonal Kitaaba wa-bimaa kuñtum tadrusoon.
އެއްވެސް آدم ގެ ދަރިއަކަށް ﷲ تعالى އެމީހަކަށް ފޮތްދެއްވާ ދީނުގެ حكم ތަކުގެ فقه އާއި އެކަމުގެ ވިސްނުމާއި އަދި نبي ކަން ދެއްވުމަށްފަހު ދެން އެބޭކަލަކު ކަލޭމެން ﷲ ފިޔަވައި އަހުރެންނަށްވާ އަހުރެންގެ އަޅުންކަމުގައި ވާށޭ މިފަދައިން މީސްތަކުންނަށް ބުނުން ހުއްދަވެގެން ނުވެއެވެ. (އެކަކަށްވެސް جائز ވެގެން ނުވެއެވެ. އަދި އެހެނެއްކަމަކު (އެބޭކަލަކު ވިދާޅުވާށެވެ!) ކަލޭމެން رَبَّانى ން ކަމުގައި ވާށެވެ. (އެބަހީ علم އާއި فقه ދަންނަ އަދި تقوى ވެރި އަދި މީސްތަކުންގެ ކަންތައް إصلاح ކުރާ ބަޔަކަށްވާށޭ - މިހެން ވިދާޅުވާށެވެ!) އެއީ ކަލޭމެން މިސްތަކުންނަށް ފޮތް އުގަންނައިދޭ ކަމުގެ ސަބަބުންނާއި އަދި ކަލޭމެން މީސްތަކުންނަށް ކިޔަވައިދޭކަމުގެ ސަބަބުންނެވެ.
-
3:80
وَلَا يَأْمُرَكُمْ أَن تَتَّخِذُوا۟ ٱلْمَلَـٰٓئِكَةَ وَٱلنَّبِيِّـۧنَ أَرْبَابًا ۗ أَيَأْمُرُكُم بِٱلْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ
Wa-laa yaʹmurakum ʻañ tat-takhiẓul malaaaʹikata wan-nabiyyeena ʹarbaabaa. ʹAyaʹmurukum̃ bilkufri baʻda ʹiẓ ʹañtum Muslimoon?
އަދި އެކަލާނގެ / ނުވަތަ އެ نبي އަކު ملائكة ބޭކަލުންނާއި نبي ބޭކަލުން އެއީ ﷲ ފިޔަވައި رَبّ ންކަމުގައި ކަލޭމެން ހިފާ إختيار ކުރާކަށް أمر ނުކުރައްވާނެއެވެ. ކަލޭމެން مسلم ންކަމުގައި ވުމަށްފަހު ކާފަރުވުމަށް އެކަލާނގެ امر ކުރައްވާނޭހެއްޔެވެ؟ ނުކުރައްވާނެއެވެ.
-
3:81
وَإِذْ أَخَذَ ٱللَّهُ مِيثَـٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيْتُكُم مِّن كِتَـٰبٍ وَحِكْمَةٍ ثُمَّ جَآءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِۦ وَلَتَنصُرُنَّهُۥ ۚ قَالَ ءَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِى ۖ قَالُوٓا۟ أَقْرَرْنَا ۚ قَالَ فَٱشْهَدُوا۟ وَأَنَا۠ مَعَكُم مِّنَ ٱلشَّـٰهِدِينَ
Waʹiẓ ʹakhaẓal laahu Mees̤aaq̣an Nabiyyeena lamaaa ʹaataytukum miñ Kitaabiñw wa-Ḥikmatiñ s̤umma jaaaʹakum Rasoolum Muṣaddiq̣ul limaa maʻakum latuʹminunna bihee wala-tañ-ṣuroonah. Q̣aala ʹaʹaq̣rartum waʹakhaẓtum ʹalaa ẓaalikum ʹIṣree? Q̣aalooo ʹaq̣rarnaa. Q̣aala fashhadoo waʹana maʻkum minash Shaahideen.
އަދި ﷲ تعالى نَبي ބޭކަލުންގެ عَهْدُ ކަށަވަރު ހިއްޕެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެ عَهْدُ ކަށަވަރަކީ ކޮންމެ ބޭކަލަކުވެސް އަނެއް ބޭކަލެއްގެ رَسول ކަން ތެދުކުރުމަށެވެ. އަދި ކޮންމެ ބޭކަލަކުވެސް އެބޭކަލެއްގެ قوم އަށް އެކަން އެންގެވުމަށެވެ. އަދި އެބޭކަލުންނަށް އެކަލާނގެ وحي ކުރެއްވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނަށް ތިމަންރަސްކަލާނގެ ފޮތާއި حكمة ދެއްވުމަށްފަހު ތިޔަބޭކަލުންގެ އަތުގައިވާ ތަކެތި ތެދުކުރާ حال رَسول ބޭކަލަކު ވަޑައިގެންނެވި ކޮންމެހިނދެއްގައި ކަނޑައެޅިގެން ތިޔަބޭކަލުން އެބޭކަލަކަށް إيمان ވެވަޑައިގަންނަވާށެވެ! އަދި އެބޭކަލަކަށް نصر ދެއްވައި އެހީވެވަޑައިގަންނަވާށެވެ! - (މި عَهْدُ ކަށަވަރަށްފަހު) އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަބޭކަލުން އެކަމަށް އެއްބަސް ވެވަޑައިގެން قَرار ކުރައްވަމުތޯއެވެ؟ އަދި އެގޮތުގެމައްޗަށް ތިމަންރަސްކަލާނގެ ތިޔަބޭކަލުންގެ ފަރާތުން عَهْدُ ކަށަވަރު ހިއްޕެވީއެވެ. އެބޭކަލުން ދެންނެވިއެވެ. އަޅަމެން އެގޮތުގެ މައްޗަށް إقرار ވެ عَهْدُ ވެއްޖައީމުއެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަބޭކަލުން އެކަމަށް ހެކިވެވަޑައިގަންނަވާށެވެ! އަދި ތިމަންރަސްކަލާނގެވެސް ތިޔަބޭކަލުންނާއެކު ހެކިވެރިންގެތެރެއިން ވެވޮޑި ގަންނަވަމުއެވެ.
-
3:82
فَمَن تَوَلَّىٰ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ
Famañ tawallaa baʻda ẓaalika faʹulaaaʹika humul faasiq̣oon.
ފަހެ އެއަށްފަހު - އެބަހީ އެ عَهْدُ ކަށަވަރަށްފަހު - ދެން ފުރަގަސްދީ އެނބުރިގެންފި ބަޔަކު ދަންނައެވެ. ކަނޑައެޅިގެން އެމީހުން އެއީ فَاسق ންނެވެ. ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.
-
3:83
أَفَغَيْرَ دِينِ ٱللَّهِ يَبْغُونَ وَلَهُۥٓ أَسْلَمَ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ
ʹAfag̣ayra Deenil laahi yab-g̣oona wa-lahooo ʹaslama mañ fis samaawaati wal-ʹarḍi ṭawʻañw wa karhañw waʹilayhi yurjaʻoon?
އަޅެފަހެ އެމީހުން (އެބަހީ އެފުރަގަސްދިން މީހުން) އެ އެދެނީ ﷲ ގެ دين ނޫން އެހެން ދީނެއް ހެއްޔެވެ؟ ރުހި قبول ވެގެންވާ حال ގައިވެސް އަދި ނުރުހި ނު قبول ވެގެންވާ حال ގައިވެސް އުޑުތަކާއި ބިމުގައިވާހާ ބަޔަކު ކިޔަމަންވެގެންވަނީ (ކިޔަމަންވާންޖެހިފައިވަނީ) ހަމަ އެކަލާނގެއަށެވެ. ﷲ އަށެވެ. އަދި އެހުރިހާ މީހުން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
-
3:84
قُلْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيْنَا وَمَآ أُنزِلَ عَلَىٰٓ إِبْرَٰهِيمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ
Q̣ul ʹaamannaa billaahi wa-maa ʹuñzila ʻalaynaa wa-maaa ʹuñẓila ʻalaaa ʹIbraaheema waʹIsmaaʻeela waʹIsḥaaq̣a wa-Yaʻq̣ooba wal-ʹAsbaaṭi wa-maaa ʹootiya Moosaaa waʻEesaa wan-nabiyyoona mir Rabbihim. Laa- nufarriq̣u bayna ʹaḥadim minhum, wa-naḥnu lahoo Muslimoon.
(އޭ رَسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެމެން ﷲ އަށް إيمان ވެއްޖައީމުއެވެ. އަދި އަހުރެމެންގެ މައްޗަށް ބާވައިލެއްވުނުތަކެއްޗަށާއި އަދި إبراهيم އާއި إسماعيل އާއި إسحاق އާއި يعقوب އާއި އަދި أسْبَاط ން (عليهم السّلام) މި އެންމެ ބޭކަލުންގެމައްޗަށް ބާވައިލެއްވުނުތަކެއްޗަށްވެސް އަހުރެމެން إيمان ވެއްޖައީމުއެވެ. އަދި موسى އާއި عيسى (عليهما السّلام) އާއި ދެކަލުންނަށް ދެއްވުނު ތަކެއްޗަށާއި އަދި އެހެނިހެން ނަބީބޭކަލުންނަށް އެބޭކަލުންގެ رَبّ ގެ حضرة ން އެބާވައިލެއްވުނު ހުރިހާ ތަކެއްޗަށް އަހުރެމެން إيمان ވެއްޖައީމުއެވެ. އަދި އެބޭކަލުންގެތެރެއިން އެއްވެސް ބޭކަލެއްގެދެމެދު (رَسول ބޭކަލެއްގެގޮތުން ނުވަތަ نبي ބޭކަލެއްގެގޮތުން) އަހުރެމެން ފަރަގުކޮށް ތަފާތުކޮށް ނުހަދާހުށީމުއެވެ. (ހުރިހާ ބޭކަލުންނަށްވެސް إيمان ވާހުށީމުއެވެ.) އަދި އަހުރެމެން މިވަނީ ހަމަ އެކަލާނގެއަށް ކިޔަމަންވެގެންނެވެ.
-
3:85
وَمَن يَبْتَغِ غَيْرَ ٱلْإِسْلَـٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ
Wa-mañy yabtag̣i g̣ayral ʹIslaami Deenañ falañy yuq̣bala minh; wa-huwa fil ʹAakhirati minal khaasireen.
އަދި ތިމާގެ دين އެއް ކަމުގައި إسلام دين ނޫން އެހެން دين އެއް އެދިގެންފިމީހާ - އެހެން دين އެއް إختيار ކޮށްފިމީހާ (ދަންނައެވެ!) ފަހެ އޭނާގެ ކިބައިން އެކަން قبول ނުވެވޭހުއްޓެވެ. އަދި آخرة ދުވަހުން އޭނާވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
-
3:86
كَيْفَ يَهْدِى ٱللَّهُ قَوْمًا كَفَرُوا۟ بَعْدَ إِيمَـٰنِهِمْ وَشَهِدُوٓا۟ أَنَّ ٱلرَّسُولَ حَقٌّ وَجَآءَهُمُ ٱلْبَيِّنَـٰتُ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ
Kayfa yahdil laahu q̣awmañ kafaroo baʻda ʹeemaanihim wa-shahidooo ʹannar Rasoola ḥaq̣q̣uñw wajaaaʹahumul Bayyinaat? Wal-laahu laa- yahdil q̣awmaz̤̣ z̤̣aalimeen.
ތިމާމެން إيمان ވުމަށްފަހު ކާފަރުވެ އަދި رسول އާ އެއީ ހަމަ حقّ ތެދުވެރި رسول އަކުކަމުގައި އެމީހުން ހެކިދިނުމަށްފަހު - އަދި އެއީ ތެދުކަމުގެމައްޗަށް دليل ކުރާ دليل ތަކާއި حجّة ތައް އެމީހުންގެގާތަށް އައުމަށްފަހު ދެން ކާފަރުވެއްޖެ ބަޔަކަށް ﷲ ތެދުމަގުދައްކަވާނީ ކޮންފަދައަކުން ހެއްޔެވެ؟ އަދި އަނިޔާވެރިވެއްޖެބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.
-
3:87
أُو۟لَـٰٓئِكَ جَزَآؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ ٱللَّهِ وَٱلْمَلَـٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ
ʹUlaaʹika jazaaaʹuhum ʹanna ʻalayhim laʻnatal laahi walmalaaaʹikati wannaasi ʹajmaʻeen;
އަދި އެމީހުންގެ جزاء އެއްކަމުގައި ވަނީ ހަމަކަށަވަރުން އެމީހުންގެމައްޗަށް ﷲ އާއި އެކަލާނގެ މަލާއިކަތްބޭކަލުންނާއި އަދި އެންމެހައި މީސްތަކުން لعنة ލެއްވުމެވެ.
-
3:88
خَـٰلِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ
Khaalideena feehaa; laa- yukhaffafu ʻanhumul ʻaẓaabu wa-laa hum yuñz̤̣aroon;
އެ لعنة ގައި (عذاب ގައި) އެމީހުން ދެމިތިބުމެވެ. އެމީހުންނަށް عذاب ލުއިނުވެވޭހުއްޓެވެ. އަދި މުހުލަތު ދެވޭނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
-
3:89
إِلَّا ٱلَّذِينَ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ʹIllal laẓeena taaboo mim baʻdi ẓaalika wa-ʹaṣlaḥoo; faʹinnal laaha G̣afoorur Raḥeem.
(އެކަމަކު) އެކަންކަމަށްފަހުވެސް އެމީހުން توبة ވެ صالح عمل ކޮށްފިބަޔަކު މެނުވީއެވެ. (ފަހެ އެފަދައިން ކަންތައްކޮށްފިބަޔަކަށް ﷲ توبة ލައްވާ ފާފަފުއްސެވުން أمّيد ކުރެވެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
3:90
إِنَّ ٱلَّذِينَ كَفَرُوا۟ بَعْدَ إِيمَـٰنِهِمْ ثُمَّ ٱزْدَادُوا۟ كُفْرًا لَّن تُقْبَلَ تَوْبَتُهُمْ وَأُو۟لَـٰٓئِكَ هُمُ ٱلضَّآلُّونَ
ʹInnal laẓeena kafaroo baʻda ʹeemaanihim s̤ummaz daadoo kufral lañ tuq̣bala tawbatuhum; wa-ʹulaaaʹika humuḍ ḍaaalloon.
ހަމަކަށަވަރުން އެބަޔަކު އީމާންވުމަށްފަހު ކާފަރުވެ ދެން އަދި އެކާފަރުކަމުގެމައްޗަށް ކާފަރުކަން އިތުރުކުރިބަޔަކު ދަންނައެވެ! އެބަހީ އެކާފަރުކަމާއި އެކު އެހެނިހެން ފާފަތައް ގިނަކުރިމީހުން އެމީހުންގެ توبة قبول ނުވެވޭހުއްޓެވެ. (އެބަހީ ކާފަރުކަމަށްފަހު ކާފަރުކަންމަތީތިބެ އެކުރި ފާފަ ކުރީގެ އެކާފަރުކަން ދޫނުކުރަނީސް އެމީހުންގެ އެފާފަތަކުގެ توبة قبول ނުކުރައްވާނެއެވެ. އެމީހުން އެއީ ކަނޑައެޅިގެން މަގުފުރެދި ވާވަދެގެންވާ މީހުންނެވެ.
-
3:91
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ ٱلْأَرْضِ ذَهَبًا وَلَوِ ٱفْتَدَىٰ بِهِۦٓ ۗ أُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّـٰصِرِينَ
ʹInnal laẓeena kafaroo wa-maatoo wa-hum kuffaaruñ falañy yuq̣bala min ʹaḥadihim milʹul ʹarḍi ẓahabañw walawif tadaa bih. ʹUlaaaʹika lahum ʻaẓaabun ʹaleemuñw Wamaa lahum min naaṣireen.
ހަމަކަށަވަރުން ކާފަރު ވެއްޖެ މީސްތަކުން އަދި އެމީހުންގެ އެކާފަރުކަންމަތީ މަރުވެދިޔަ މީސްތަކުން (ދަންނައެވެ!) ފަހެ އެމީހުންކުރެ އެކެއްގެ ކިބައިންވެސް ބިންފުރޭހާރަން (އެމީހުން ޢަޒާބުން ސަލާމަތް ވުމަށް) ފިދުޔައެއްގެ ގޮތުން ދިންނަމަވެސް ޤަބޫލު ނުވެވޭނެއެވެ. އެމީހުންނަށް ހުރީ ހަމަ ވޭންދެނިވި ޢަޒާބެވެ. އަދި އެމީހުންނަށް އެއްވެސް نَصر ވެރިއަކު ނުވެއެވެ. (މިއީ محمد ގެ ފާނަށް ފަހު އެކަލޭގެފާނަށް تبع ނުވި ކޮންމެ މީހަކައްއޮތް ބަސްފުޅެކެވެ.)
-
3:92
لَن تَنَالُوا۟ ٱلْبِرَّ حَتَّىٰ تُنفِقُوا۟ مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا۟ مِن شَىْءٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
Lañ tanaalul birra ḥattaa tuñfiq̣oo mimmaa tuḥibboon. Wa-maa tuñfiq̣oo miñ shayʹiñ faʹinnal laaha bihee ʻAleem.
އޭ مؤمن ންނޭވެ! ކަލޭމެން ލޯބިކުރާތަކެތީން ކަލޭމެން (صدقة ގެގޮތުން ނުވަތަ ﷲ ގެމަގުގައި) ހޭދަކޮށްފުމަށްދާންދެން ކަލޭމެނަށް ހެވެއް ނުލިބޭނެއެވެ. (ސަވާބެއް ނުލިބޭނެއެވެ.) އަދި ކަލޭމެން އެ ހޭދަކުރި ކޮންމެއެއްޗެއް ﷲ ދެނެވޮޑިގެންވެއެވެ.