-
1
الٓمٓ
ʹA-lif-Laaam-Meeem.
الم މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. (سُورَةُ البَقَرَة) ފެށުނުތާގައި މިޔާބެހޭކުޑަވާހަކަކޮޅެއްވާނެއެވެ.)
-
2
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ
ʹAllaahu laaa ʹilaaha ʹilla Huwal Ḥayyul Q̣ayyoom.
ﷲ އެއީ އެކަލާނގެ މެނުވީ އަޅުކަން އެފަރާތަކަށް ވެވުން حقّ ވެގެންނުވާ ކަލާނގެއެވެ. އެއީ އަވަހާރަވުމެއްނުވާ ފަނާވުމެއްނުވާ ދިރިދެމިވޮޑިގެންވާ އަދި އެންމެހައި خلق ތަކުންގެ ކަންތައްތައް تَدْبِيْرُ ކުރެއްވުމާއިގެން قائم ވެވޮޑިގެންވާ ކަލާނގެއެވެ.
-
3
نَزَّلَ عَلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ
Nazzala ʻalaykal Kitaaba bil-Ḥaq̣q̣i muṣaddiq̣al limaa bayna yadayhi wa-ʹañzalat Tawraata wal-ʹIñjeel.
،(4) (އޭ رَسُول ﷲ އެވެ!) އެކަލާނގެއީ ކަލޭގެފާނުންގެމައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އެއީ ކީރިތި قرآن އެވެ. އެފޮތް އެކަލާނގެ ބާވައިލައްވާފައިވަނީ ހަމަ حقّ ގޮތުގައެވެ. އަދި އެފޮތުގެ ކުރީގައިވާ ފޮތްތައްވެސް އެބަހީ سَمَاوِي ފޮތްތައް ތެދުކުރާ ފޮތެއްގެގޮތުގައެވެ. އަދި މިފޮތުގެ ކުރިން މީސްތަކުންނަށް ތެދުމަގެއްގެ ގޮތުން توراة އާއި إنجيل ވެސް އެކަލާނގެ ބާވައިލެއްވިއެވެ. އަދި حقّ އާއި بَاطل ވަކިކުރާ فُرْقَان ވެސް އެކަލާނގެ ބާވައިލެއްވިއެވެ. (އެއީ عيسى (عليه السّلام) އާއިމެދު حقّ އާއި بَاطل ވަކިކޮށްދޭ ނުވަތަ ހުރިހާކަމެއްގެ حقّ އާއި بَاطل ވަކިކޮށްދޭ މިފޮތެވެ.) އަދި ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ހުރީ ހަމަ ގަދަވެގެންވާ عَذَاب އެވެ. އަދި ﷲ އީ عِزَّة ވަންތަ ކަލާނގެއެވެ. އަދި ބަދަލުހިއްޕެވުމުގެ ވެރިކަލާނގެއެވެ.
-
4
مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ ٱلْفُرْقَانَ ۗ إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ لَهُمْ عَذَابٌ شَدِيدٌ ۗ وَٱللَّهُ عَزِيزٌ ذُو ٱنتِقَامٍ
Miñ q̣ablu Hudal linnaasi wa-ʹañzalal Furq̣aan. ʹInnal laẓeena kafaroo biʹaayaatil laahi lahum ʻaẓaabuñ shadeed: wallaahu ʻAzeezuñ Ẓuñ tiq̣aam.
،(4) (އޭ رَسُول ﷲ އެވެ!) އެކަލާނގެއީ ކަލޭގެފާނުންގެމައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އެއީ ކީރިތި قرآن އެވެ. އެފޮތް އެކަލާނގެ ބާވައިލައްވާފައިވަނީ ހަމަ حقّ ގޮތުގައެވެ. އަދި އެފޮތުގެ ކުރީގައިވާ ފޮތްތައްވެސް އެބަހީ سَمَاوِي ފޮތްތައް ތެދުކުރާ ފޮތެއްގެގޮތުގައެވެ. އަދި މިފޮތުގެ ކުރިން މީސްތަކުންނަށް ތެދުމަގެއްގެ ގޮތުން توراة އާއި إنجيل ވެސް އެކަލާނގެ ބާވައިލެއްވިއެވެ. އަދި حقّ އާއި بَاطل ވަކިކުރާ فُرْقَان ވެސް އެކަލާނގެ ބާވައިލެއްވިއެވެ. (އެއީ عيسى (عليه السّلام) އާއިމެދު حقّ އާއި بَاطل ވަކިކޮށްދޭ ނުވަތަ ހުރިހާކަމެއްގެ حقّ އާއި بَاطل ވަކިކޮށްދޭ މިފޮތެވެ.) އަދި ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ހުރީ ހަމަ ގަދަވެގެންވާ عَذَاب އެވެ. އަދި ﷲ އީ عِزَّة ވަންތަ ކަލާނގެއެވެ. އަދި ބަދަލުހިއްޕެވުމުގެ ވެރިކަލާނގެއެވެ.
-
5
إِنَّ ٱللَّهَ لَا يَخْفَىٰ عَلَيْهِ شَىْءٌ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ
ʹInnal laaha laa- yakhfaa ʻalayhi shayʹuñ fil ʹarḍi wa-laa fis samaaa;
ހަމަކަށަވަރުން އުޑާއި ބިމުގައިވިޔަސް އެއްވެސް އެއްޗެއް ﷲ އަށް ވަންހަނާވެގެންނުވެއެވެ.
-
6
هُوَ ٱلَّذِى يُصَوِّرُكُمْ فِى ٱلْأَرْحَامِ كَيْفَ يَشَآءُ ۚ لَآ إِلَـٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ
Huwal laẓeee yuṣawwirukum fil ʹarḥaami kayfa yashaaaʹ. Laaa ʹilaaha ʹillaa Huwal ʻAzeezul Ḥakeem.
މައިންގެ رَحِمُ ތަކުގައި އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން ކަލޭމެން صُوْرَة ކުރައްވާނީ - ސިފަކުރައްވަނީ ހަމަ އެކަލާނގެއެވެ. ﷲ އެވެ! އެކަލާނގެ މެނުވީ حقّ ވެގެންވާ އެހެން އެއްވެސް إله އަކު ނުވެއެވެ. އެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
7
هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَـٰبَ مِنْهُ ءَايَـٰتٌ مُّحْكَمَـٰتٌ هُنَّ أُمُّ ٱلْكِتَـٰبِ وَأُخَرُ مُتَشَـٰبِهَـٰتٌ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَـٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ
Huwal laẓeeeʹ añzala ʻalaykal Kitaaba minhu ʹaayaatum Muḥ-kamaatun hunna ʹUmmul Kitaabi wa-ʹukharu Mutashaabihaat. Faʹammal laẓeena fee q̣uloobihim zayg̣uñ fayattabiʻoona maa- tashaabaha minhub tig̣aaa ʹalfitnati wabtig̣aaaʹa taʹweelih. Wa-maa yaʻlamu taʹweelahooo ʹillal lah. War-Raasi-khoona fil ʻilmi yaq̣ooloona ʹaamannaa bihee kullum min ʻiñdi Rabbinaa: wa-maa yaẓẓakkaru ʹillaaa ʹulul ʹalbaab.
(އޭ رسُول ﷲ!) ކަލޭގެފާނަށް ފޮތް (ކީރިތި قرآن) ބާވައިލެއްވީ ހަމަ އެކަލާނގެއެވެ. ﷲ އެވެ. އެފޮތުގައި مُحْكَمُ އާޔަތްތައްވެއެވެ. އަދި އަނެއްބައި އާޔަތްތަކަކީ مُتَشَابِهُ އާޔަތެވެ. • ދަންނައެވެ! މިތާގައި މިވާ محكم އާ مُتشابه އާއި ދެކަލިމަގެ مُراد އާއިމެދު مُفَسِّر ންގެ ބަސް ތަފާތެވެ. އޭގެތެރެއިން އެންމެ ރަނގަޅު مُرَاد އެއްކަމުގައިވަނީ: مُحْكَمُ އާޔަތަކީ އޭގެ تَفْسير އާއި މާނަ ރަނގަޅަށް ވިސްނޭ އަދި ދެމާނައެއް مُرَاد ކުރެވޭންނެތް ހަމައެކަނި އެއްމާނައެއް ކަނޑައެޅޭ صَرِيح އާޔަތްތަކެވެ. مُتشابه އާޔަތަކީ އޭގައި ދެމާނައެއް ކުރެވިދާފަދަ އޮޅުން ހުރި ހަމައެކަނި އޭގެ މާނަ ﷲ ގެ ދެނެވޮޑިގަތުމުގެ ތެރޭގައިވާ އާޔަތްތަކެވެ. والله أعلم.\nދެންފަހެ ދަންނައެވެ! مُحْكَمُ އާޔަތްތައް އެއީ ފޮތުގެމައިގަނޑެވެ. މަންމައެވެ. أصل އެވެ. ފަހެ ތިމާމެންގެ ހިތްތަކުގައި حقّ އާއި ދުރަށް ލެނބުންވާމީހުން ތިމާއެދޭގޮތަކަށް وحي އާއި ކުޅެން އެދޭމީހުން ދަންނައެވެ! ފަހެ އެމީހުން تَبَعَ ވަނީ އެ قرآن ގައިވާ مُتشابه އާޔަތާއެވެ. އޮޅުވާލާ ވާވައްދާލަން އެދިގެންނެވެ. އަދި ނުބައި فَاسِدُ تَأْوِيْلُ ކޮށް تفسير ކުރަންވެގެންނެވެ. އަދި އޭގެ تفسير އާއި مراد ހަމައެކަނި ﷲ އަށްމެނުވީ އެނގިގެން ނުވެއެވެ. އަދި علم ގައި އަޑިޔަށް ފައިބައިފައިވާ ސާބިތު ބޮޑެތި عَالِمُ ންވެސް ވިދާޅުވާނީ އަހުރެމެން މިވަނީ އެ مُتشابه ތަކެއްޗަށް (ﷲ ގެ مُراد ގެމަތީން) އީމާންވެގެންނެވެ. އެހުރިހާ ތަކެއްޗަކީ އަހުރެމެންގެ رَبّ ގެ حضرة ންވާ ތަކެއްޗެވެ. މިއެވެ. އަދި ބޯ ރަނގަޅު ބުއްދިވެރިންމެނުވީ وَعْظُ އާއި نَصِيحة ލިބިނުގަންނާނެއެވެ.
-
8
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ
Rabbanaa laa- tuzig̣ q̣uloobabana baʻda ʹiẓ hadaytanaa wa-hab lanaa milla duñka raḥmah: ʹinnaka ʹAñtal Wahhaab.
(علم ގައި ފުނަށް ފޭބިމީހުން ދަންނަވައެވެ!) އޭ އަޅަމެންގެ رَبّ އެވެ! އިބަރަސްކަލާނގެ އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހު އަޅަމެންގެ ހިތްތައް (ތެދުމަގާއި ދުރަށް) ނުލަންބަވާނދޭވެ! އަދި އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رَحْمَة އެއް ދެއްވާނދޭވެ! (ތެދުމަގުގައި ތިބުމުގެ توفيق ދެއްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ދެއްވުންތައް ދެއްވާ ކަލާނގެއެވެ.
-
9
رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوْمٍ لَّا رَيْبَ فِيهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ
Rabbanaaa ʹinnaka jaamiʻun naasi li-Yawmil laa rayba feeh: ʹinnal Laaha laa- yukhliful meeʻaad.
އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އެދުވަހާއި ދޭތެރޭ އެއްވެސް ޝައްކެއްނެތް ދުވަހަކަށް އެންމެހައި މީސްތަކުން އެއްކުރައްވާނޭ ކަލާނގެއެވެ. އެއީ ޤިޔާމަތްދުވަހެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ وعد އާއި خلاف ވެވޮޑިނުގަންނަވައެވެ.
-
10
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَـٰٓئِكَ هُمْ وَقُودُ ٱلنَّارِ
ʹInnal laẓeena kafaroo lañ tug̣niya ʻanhum ʹamwaaluhum wa-laaa ʹawlaaduhum minal laahi shayʹaa: wa-ʹulaaaʹika hum waq̣oodun Naar.
ހަމަކަށަވަރުން ކާފަރުވެއްޖެ މީސްތަކުންނަށް އެމީހުންގެ މުދަލުންވިޔަސް އަދި އެމީހުންގެ ދަރިންގެ ފަރާތުންވިޔަސް ﷲ ގެ حضرة ން އަންނަ އެއްވެސް ނުރައްކަލަކުން ކަމެއް ފުއްދައެއް ނުދޭނެއެވެ. އަދި ކަނޑައެޅިގެން އެމީހުން އެއީ ނަރަކައިގެ ދަރެވެ.
-
11
كَدَأْبِ ءَالِ فِرْعَوْنَ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ وَٱللَّهُ شَدِيدُ ٱلْعِقَابِ
Kadaʹabi ʹaali Firʻawna wallaẓeena miñ q̣ablihim. Kaẓẓaboo biʹaayaatinaa, faʹakhaẓahumul lahu biẓunoobihim: wallaahu Shadeedul ʻiq̣aab.
(އެމީހުން) فرعون ގެ آل ންނާ ހަމައެއްގޮތެވެ. އެމީހުންގެ އާދައެވެ. އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރީއެވެ. ދެންފަހެ އެމީހުންގެ ފާފަތަކުގެ ސަބަބުން ﷲ تعالى އެމީހުން ހިއްޕެވީއެވެ. އެމީހުން ހަލާކުކުރެއްވިއެވެ. އަދި ﷲ އީ عقوبة ގަދަފަދަވެގެންވާ ކަލާނގެއެވެ.
-
12
قُل لِّلَّذِينَ كَفَرُوا۟ سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ ٱلْمِهَادُ
Q̣ul lillaẓeena kafaroo satug̣laboona wa-tuḥsharoona ʹilaa Jahannam: wa-biʹsal mihaad!
(އޭ رَسول ﷲ އެވެ!) ކާފަރުވީ މީސްތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ނިކަންހުރެ ކަލޭމެން ދެރަކުރެވޭނެއެވެ. އަދި ނަރަކައަށް ޖަމާކުރެއްވޭނެއެވެ. އެއީ ނުބައިވެގެންވާ ތަންމައްޗެކެވެ.
-
13
قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌ تُقَـٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَـٰرِ
Q̣ad kaana lakum ʹAyatuñ fee fiʹataynil taq̣ataa: fiʹatuñ tuq̣aatilu fee Sabeelil laahi wa-ʹukhraa kaafiratuñy yarawnahum mis̤layhim raʹyal ʻayn. Wallaahu yuʹayyidu binaṣrihee mañy yashaaaʹ. ʹInna fee ẓaalika laʻibratal liʹulil ʹabṣaar.
ހަމަކަށަވަރުން (ހަނގުރާމައިގެ مَيْدَانُ ގައި) ބައްދަލުކުރި ދެ لَشْكَرُ ގެ ކަންތަކުގައި ކަލޭމެންނަށް ރަނގަޅު ދަލީލެއް ވާނެއެވެ. عبرة އެއްވެއެވެ. އެއް لَشْكَر އަކީ ﷲ ގެމަގުގައި ހަނގުރާމަކުރާ لَشْكَر އެކެވެ. އަނެއް ލަޝްކަރު އެއީ ކާފަރު لَشْكَر އެކެވެ. އެމީހުންނަށް މިމީހުން ފެނުނީ ނުވަތަ މިމީހުންނަށް އެމީހުން ފެނުނީ ލޮލަށް ފެންނަ ފެނުމަށް ދެބައިގިނަކަމަށެވެ. (އެއީ ﷲ ގެ حكمة ފުޅެކެވެ. مؤمن ންނަށް ހިތްވަރުދެއްވުމަށާއި ކާފަރުން ބިރުގެންނެވުމަށެވެ.) އަދި ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ نصر ގެ ސަބަބުން ގަދަކަންދެއްވައެވެ. ހަމަކަށަވަރުންވެސް ލޯތަކުގެވެރިންނަށް - ކަންކަމަށް ރަނގަޅަށް ވިސްނައިعبرة حاصل ކުރާ ބަޔަކަށް ބޮޑުވެގެންވާ عبرة އެއްކަމުގައިވެއެވެ.
-
14
زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلْبَنِينَ وَٱلْقَنَـٰطِيرِ ٱلْمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلْأَنْعَـٰمِ وَٱلْحَرْثِ ۗ ذَٰلِكَ مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱللَّهُ عِندَهُۥ حُسْنُ ٱلْمَـَٔابِ
Zuyyina linnaasi ḥubbush shahawaati minan nisaaʹi wal-baneena wal-q̣anaa-ṭeeril muq̣añṭarati minaẓ ẓahabi wal-fiḍḍati wal-khaylil musawwamati wal-ʹanʻaami walḥars̤. Ẓaalika mataaʻul ḥayaatid dunyaa; wallaahu ʻiñdahoo ḥusnul maʹaab.
މީސްތަކުންނަށް ތިމާމެންގެ نفس އެދޭ ކަންކަމަށް ލޯބިޖެއްސެވިގެންވެއެވެ. އަންހެނުންނާއި ދަރިންނާއި ރަނާއި ރިހީގެތެރެއިން ގިނަކުރެވޭ ގިނަމުދާތަކާއި ހަނގުރާމައަށްޓަކައި ކާންދީ ފަލަކޮށް ތައްޔާރުކޮށްފައިވާ އަހާއި نَعَمْ ސޫތްޕާއި އެބަހީ ގެރިބަކަރި جَمَل ގެ ބާވަތްތަކާއި އަދި ދަނޑުފަނގާއި މިތަކެތީގެ ވައްތަރުތަކުގެތެރެއިންނެވެ. އެއީ ހައްތާވެސް ދުނިޔޭގެ حياة ގައި ބޭނުންކޮށްލެވޭ ތަކެއްޗެވެ. އަދި ގޮސްތިބުން ރަނގަޅުވެގެންވާ ރީތި ތަންވަނީ ﷲ ގެ حضرة ގައެވެ.
-
15
۞ قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ ٱتَّقَوْا۟ عِندَ رَبِّهِمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَأَزْوَٰجٌ مُّطَهَّرَةٌ وَرِضْوَٰنٌ مِّنَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ
Q̣ul ʹaʹunabbiʹukum̃ bikhayrim miñ ẓaalikum? Lil-laẓeenat taq̣aw ʻiñda Rabbihim Jannaatuñ tajree miñ tah-tihal ʹanhaaru khaalideena feehaa wa-ʹazwaajum muṭahharatuñw wariḍwaanum minal laah. Wallaahu Baṣeerum bilʻibaad,
ކަލޭގެފާނު ވިދާޅުވާށެވެ! تقوى ވެރިވީ މީސްތަކުންނަށް އެމީހުންގެ رَبّ ގެ حضرة ގައި އެތަކެއްޗަށްވުރެން މާރަނގަޅު ހެޔޮތަކެތި ހުރިކަމުގެ خبر ކަލޭމެނަށް އަހުރެން ދެއްވަންހެއްޔެވެ؟ އެތަންތާނގެ ދަށުން އާރުތައް ދެމޭ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. އެތަންތާގައި އެމީހުން ދެމިތިބޭހުއްޓެވެ. އަދި طَاهر ވެގެންވާ އަނބީންނާއި އަދި ﷲ ގެ ރުހިވޮޑިގަތުމެވެ. އަދި ﷲ އެކަލާނގެ އަޅުތަކުންނާއިގެން ބައްލަވާވޮޑިގެންވެއެވެ. އެބަހީ تقوى ވެރި އަޅުންގެ ކަންތައްތައް ރަނގަޅުގޮތުގައި ބައްލަވައެވެ.
-
16
ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ
ʹAllaẓeena yaq̣ooloona Rabbanaaa ʹinnanaaa ʹaamannaa fag̣hfir lanaa ẓunoobanaa waq̣inaa ʻaẓaaban Naar;
އެމީހުންނަކީ- އެބަހީ އެ تقوى ވެރިންނަކީ އެމީހުންގެ رَبّ އަށް ދަންނަވާ މީހުންނެވެ. (އެމީހުން ދަންނަވައެވެ.) އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ އަޅަމެނަށް އަޅަމެންގެ ފާފަތައް ފުއްސަވާދެއްވާނދޭވެ. އަދި ނަރަކައިގެ عَذَاب ން އަޅަމެން ސަލާމަތް ކުރައްވާނދޭނެވެ.
-
17
ٱلصَّـٰبِرِينَ وَٱلصَّـٰدِقِينَ وَٱلْقَـٰنِتِينَ وَٱلْمُنفِقِينَ وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ
ʹAṣ-Ṣaabireena waṣ-Ṣaadiq̣eena wal-Q̣aaniteena wal-Muñfiq̣eena wal-Mustag̣fireena bil-ʹas-ḥaar.
އެމީހުންނަކީ (އުނދަގޫތަކާއި ދަތިތަކަށް) ކެތްތެރިވާ މީހުންނެވެ. އަދި އެއީ ތެދުވެރިންނެވެ. އަދި އެއީ ކިޔަމަންތެރިންނެވެ. އަދި އެއީ ހެޔޮގޮތުގައި ހޭދަކުރާމީހުންނެވެ. އަދި އެއީ ދަންވަރުގެ ވަގުތު ފާފަ ފުއްސެވުމަށް އެދި ދަންނަވާ މީހުންނެވެ.
-
18
شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَـٰهَ إِلَّا هُوَ وَٱلْمَلَـٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمًۢا بِٱلْقِسْطِ ۚ لَآ إِلَـٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ
Shahidal laahu ʹanna-Hoo laaa ʹilaaha ʹillaa Huwa wal-malaaaʹikatu wa-ʹulul ʻilmi q̣aaaʹimam bilq̣isṭ. Laaa ʹilaaha ʹillaa Huwal ʻAzeezul Ḥakeem.
ﷲ މެނުވީ (އަޅުކަންވެވުން حقّ ވެގެންވާ) އެހެން އެއްވެސް إله އަކުނުވާކަމަށް ﷲ ހެކިވެވޮޑިގަންނަވައެވެ. އަދި މަލާއިކަތްބޭކަލުންނާއި علم ވެރިން ހެކިވެވަޑައިގެންފިއެވެ. އެކަލާނގެއީ عدل ވެރިކަން قائم ކުރުންމަތީ قائم ވެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ މެނުވީ حقّ ވެގެންވާ އެހެން އެއްވެސް إله އަކު ނުވެއެވެ. އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
19
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَـٰمُ ۗ وَمَا ٱخْتَلَفَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۗ وَمَن يَكْفُرْ بِـَٔايَـٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
ʹInnad Deena ʻiñdal laahil ʹIslaam. Wa-makh talafal laẓeena ʹootul Kitaaba ʹillaa mim baʻdi maa- jaaaʹahumul ʻilmu bag̣hyam baynahum. Wa-mañy yakfur biʹAayaatil lahi faʹinnal laaha Sareeʻul ḥisaab.
ހަމަކަށަވަރުން ﷲ ގެ حضرة ގައި (قبول ކުރެއްވެނިވި) دين އަކީ الإسلام އެވެ. އިސްލާމްދީނެވެ. އަދި عيسى (عليه السّلام) އާއިމެދު حقّ ރަނގަޅު معْلُومات އެނގުމަށްފަހުގައިމެނުވީ ފޮތްދެއްވުނު މީހުން - نصارى އިންނާއި يهودي ން - إختلاف ވެ ދެބަސްވީކަމުގައި ނުވެއެވެ. (އެބަހީ އެމީހުން ދެބަސްވެ إختلاف ވީ ހަމަރަނގަޅަށް حقّ އެނގުމަށްފަހުގައެވެ.) އެއީ އެމީހުންގެމެދުގައިވާ ދެކޮޅުވެރިކަމެއްގެ ސަބަބުންނެވެ. އަދި ﷲ ގެ އާޔަތްތަކަށް - دليل ތަކާއި حجّة ތަކަށް - ކާފަރުވެއްޖެމީހުން (ދަންނައެވެ! އެމީހުންގެ عمل ތައް ﷲ ހިސާބުކުރައްވައި ޖަޒާދެއްވާ ހުއްޓެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.
-
20
فَإِنْ حَآجُّوكَ فَقُلْ أَسْلَمْتُ وَجْهِىَ لِلَّهِ وَمَنِ ٱتَّبَعَنِ ۗ وَقُل لِّلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْأُمِّيِّـۧنَ ءَأَسْلَمْتُمْ ۚ فَإِنْ أَسْلَمُوا۟ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ
Faʹin ḥaajjooka faq̣ul ʹaslamtu wajhiya lillaahi wa-manit tabaʻan. Wa-q̣ul lillaẓeena ʹootul Kitaaba wal-ʹummiyyeena ʹaʹaslamtum? Faʹin ʹaslamoo faq̣adih tadaw. Wa-ʹiñ tawallaw faʹinnamaa ʻalaykal balaag̣: wallaahu Baṣeerum bil-ʻibaad.
ފަހެ އެމީހުން ކަލޭގެފާނާ جدل ކޮށް حُجَّة ދައްކަންޏާ (އެބަހީ އެ نصارى އިންގެމީހުން عيسى عليه السّلام އާއިމެދު جدل ކުރަންޏާ) ފަހެ ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ މޫނުފުޅު ﷲ އަށް ކިޔަމަންތެރިކޮށްފީމެވެ. އެބަހީ ތިމަންކަލޭގެފާނު ﷲ އަށް ކިޔަމަންތެރިވެއްޖައީމުއެވެ. އަދި ތިމަންކަލޭގެފާނަށް تبع ވީ މީސްތަކުންވެސް (ﷲ އަށް ކިޔަމަންތެރިވެއްޖެއެވެ.) އަދި ފޮތްދެއްވުނު މީހުންނަށް އެބަހީ يهودي ންނާއި نصارى އިންނަށާއި އަދި أمِّى ންނަށް އެބަހީ عرب مُشرك ންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އިސްލާމްވެއްޖައީމުހެއްޔެވެ؟ ކިޔަމަންތެރިވެއްޖައީމުހެއްޔެވެ؟ ދެންފަހެ އެމީހުން ކިޔަމަންތެރިވެއްޖެއްޔާ ފަހެ ހަމަކަށަވަރުން އެމީހުންނަށް ތެދުމަގުލިބުނީހެވެ. އަދި އެމީހުން ކިޔަމަންތެރިނުވެ އެނބުރި ފުރަގަސްދީފިއްޔާވެސް (ކަލޭގެފާނުންގެމައްޗަކަށް މަލާމާތެއްނެތެވެ.) ކަލޭގެފާނުންގެމައްޗަށް ވާޖިބުވާކަން ކަށަވަރީ رَسول ކަން އިއްވައިދިނުމެވެ. އަދި އަޅުތަކުންނާއިމެދު ﷲ ދެކެވޮޑިގެންވެއެވެ. އެބަހީ ކިޔަމަންގަތް އަޅުންނާއި ނުކިޔަމަންތެރިވި އަޅުން އެކަލާނގެ މޮޅަށް ދެނެވޮޑިގަންނަވައެވެ.
-
21
إِنَّ ٱلَّذِينَ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّـۧنَ بِغَيْرِ حَقٍّ وَيَقْتُلُونَ ٱلَّذِينَ يَأْمُرُونَ بِٱلْقِسْطِ مِنَ ٱلنَّاسِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
ʹInnal laẓeena yakfuroona biʹAayaaatil laahi wa-yaq̣tuloonan nabiyyeena big̣ayri ḥaq̣q̣iñw wayaq̣tuloonal laẓeena yaʹmuroona bilq̣isṭi minan naasi fabashshirhum̃ biʻaẓaabin ʹaleem.
ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވާ މީސްތަކުން އަދި އެއްވެސް حقّ އަކާއިނުލައި އެމީހުން ނަބީބޭކަލުން قتل ކޮށް އަދި މީސްތަކުންގެ ތެރެއިން عَدْلُ ވެރިވުމަށް އަމުރުކުރާމީހުންވެސް قتل ކޮށް ހަދާމީހުން (ދަންނައެވެ!) ފަހެ އެމީހުންނަށް ވޭންދެނިވި عَذَاب އެއްހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!
-
22
أُو۟لَـٰٓئِكَ ٱلَّذِينَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ
ʹUlaaaʹikal laẓeena ḥabiṭat ʹaʻmaaluhum fid dunyaa wal-ʹaakhirati wa-maa lahum min naṣireen.
އެމީހުން އެއީ އެމީހުންގެ ހެޔޮ عمل ތައް بَاطل ވެގެންވާ ބައެކެވެ. ދުނިޔެއާއި آخرة ގައެވެ. އަދި އެމީހުންނަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.
-
23
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَـٰبِ يُدْعَوْنَ إِلَىٰ كِتَـٰبِ ٱللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُمْ وَهُم مُّعْرِضُونَ
ʹAlam tara ʹilal laẓeena ʹootoo naṣeeban minal Kitaabi yudʻawna ʹilaa Kitaabil laahi liyaḥkuma bay-nahum s̤umma yatawallaa fareeq̣um minhum wahum muʻriḍoon.
توراة ން ކޮންމެވެސް މިންވަރެއް ދެއްވުނުމީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ (އެމީހުންގެ ކަންތައް ހުރިގޮތް ދެކެވަޑައި ނުގަންނަވަމުތޯއެވެ؟) ﷲ ބާވައިލެއްވި ފޮތެއްކަމުގައިވާ توراة ގައިވާގޮތަށް އެމީހުންގެމެދުގައި حكم ކުރުމަށް އެމީހުންނަށް ގޮވުނީމާ ދެން އެމީހުންކުރެ ބަޔަކުމީހުން ފުރަގަސްދީ އެނބުރި ދަނީއެވެ.
-
24
ذَٰلِكَ بِأَنَّهُمْ قَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًا مَّعْدُودَٰتٍ ۖ وَغَرَّهُمْ فِى دِينِهِم مَّا كَانُوا۟ يَفْتَرُونَ
Ẓaalika biʹannahum q̣aaloo lañ tamassanan Naaru ʹillaaa ʹayyaaman maʻdoodaat: wa-g̣arrahum fee deenihim maa kaanoo yaftaroon.
އެގޮތަށް އެމީހުން ފުރަގަސްދީފައި އެދަނީ، "ހަމަކަށަވަރުން عدد ކުރެވިގެންވާ ދާދި މަދުދުވަސްކޮޅަކު މެނުވީ އަހުރެމެން ނަރަކައިގާ ނުތިބޭނެއެވެ." މިޢަޤީދާ އެމީހުންގެތެރޭގައިވާތީއެވެ. (އެމީހުން ބުނާގޮތުގައި އެއީ ސާޅީސްދުވަހެވެ. އެއީ އެމީހުން ޅަގެރިޔަށް އަޅުކަންކުރި މިންވަރުކަމަށެވެ.) އަދި އެމީހުން ދޮގުތައް ހެދުމުގެ ސަބަބުން އެމީހުންގެ دين ގައި އެމީހުން ހެއްލުންތެރިވެއްޖެއެވެ. އެދޮގުތައް އެމީހުން ހެއްލުންތެރިކުރުވައިފިއެވެ.
-
25
فَكَيْفَ إِذَا جَمَعْنَـٰهُمْ لِيَوْمٍ لَّا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
Fakayfa ʹiẓaa jamaʻnaahum liyawmil laa rayba feeh, wa-wuffiyat kullu nafsim maa kasabat wahum laa- yuz̤̣lamoon?
ފަހެ އެދުވަހާއިމެދު އެއްވެސް ޝައްކެއްނެތް ދުވަހަކަށް ތިމަންރަސްކަލާނގެ އެމީހުން ޖަމާކުރައްވައި އަދި ކޮންމެ نفس އަކަށް އެ نفس އެއް ކުރިކަމަކަށް ފުރިހަމަ ޖަޒާދެއްވިއްޖެއްޔާ ދެންވާނީ ކިހިނަކުންހެއްޔެވެ؟ އަދި އެދުވަހުން އެމީހުންނަށް އަނިޔާއެއްނުވެވޭނެއެވެ.
-
26
قُلِ ٱللَّهُمَّ مَـٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ ۖ بِيَدِكَ ٱلْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Q̣ulil laahumma Maalikal Mulki tuʹtil Mulka mañ tashaaʹu wa-tañẓiʻul Mulka mimmañ tashaaaʹ. Wa-tuʻizzu mañ tashaaaʹu wa-tuẓillu mañ tashaaaʹ: biyadikal Khayr. ʹInnaka ʻalaa kulli shayʹiñ Q̣adeer.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (ﷲ އަށް ދަންނަވާށެވެ!) އޭ މަތިވެރި މާތް ﷲ އެވެ! އޭ ދުނިޔެއާއި آخرة ގެ ހުރިހާތަކެތީގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އިބަރަސްކަލާނގެ مُلْكُ ދެއްވަމުއެވެ. (އެއީ نَبي ކަން ނުވަތަ ވެރިކަން ނުވަތަ މުދާ ނުވަތަ ގަދަކަން. ދެއްވަމުއެވެ...) އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާފަރާތަކުން مُلْكُ ނަންގަވާ ނިގުޅައިގަންނަވަމުއެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކު عِزَّة ތެރިކުރައްވައެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާއަޅަކު ދެރަކުރައްވާ ނިކަމެތިކުރައްވަމުއެވެ. ހުރިހާ ހެޔޮކަމެއްވަނީ އިބަރަސްކަލާނގެ އަތްޕުޅުގައެވެ. ހަމަކަށަވަރުން ކޮންމެއެއްޗެއްގެމައްޗަށް އަދި ކޮންމެކަމެއްގެމައްޗަށް އިބަރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
27
تُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۖ وَتُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَتُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ ۖ وَتَرْزُقُ مَن تَشَآءُ بِغَيْرِ حِسَابٍ
Toolijul layla fin nahaari wa-toolijun nahaara fil layl: wa-tukhrijul ḥayya minal mayyiti wa-tukhrijul mayyita minal ḥayyi wa-tarzuq̣u mañ tashaaʹu big̣ayri ḥisaab.
އިބަރަސްކަލާނގެ ދުވާލުގެތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. (ރޭގަނޑުން މަދުކުރައްވާ ދުވާލަށް އިތުރުކުރައްވަމުއެވެ.) އަދި ރޭގަނޑުގެތެރެއަށް ދުވާލު ވައްދަވަމުއެވެ. (ދުވާލު މަދުކުރައްވާ ރޭގަނޑު ދިގުކުރައްވަމުއެވެ.) އަދި މަރުވެފައިވާތަކެތީގެތެރެއިން ދިރޭތަކެތި އިބަރަސްކަލާނގެ ނެރުއްވަމުއެވެ. އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާތަކެތި އިބަރަސްކަލާނގެ ނެރުއްވަމުއެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާއަޅަކަށް ހިސާބެއްނެތްހާ ގިނަކޮށް އިބަރަސްކަލާނގެ ރިޒުގުދެއްވަމުއެވެ.
-
28
لَّا يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ ٱللَّهِ فِى شَىْءٍ إِلَّآ أَن تَتَّقُوا۟ مِنْهُمْ تُقَىٰةً ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَإِلَى ٱللَّهِ ٱلْمَصِيرُ
Laa- yattakhiẓil Muʹminoonal kaafireena ʹawliyaaaʹa miñ doonil Muʹmineen. Wa-mañy yafʻal ẓaalika falaysa minal laahi fee shayʹin ʹillaaa ʹañ tat-taq̣oo minhum tuq̣aah. Wa-yuḥaẓẓi-rukumul laahu Nafsah; wa-ʹilal laahil maṣeer.
مؤمن ންގެމީހުން ތިމާމެންގެ نَصْر ވެރި ސަހަރޯވެރިންކަމުގައި ކާފަރުން ހިފާ إختيار ނުކުރާށެވެ! އަދި އެފަދަ ކަންތައްކުރާމީހާ އެބަހީ ކާފަރުން އެއީ ތިމާމެންގެ نَصر ވެރި ސަހަރޯވެރިންކަމުގައި ބަލައިގެންފިމީހާ (ދަންނައެވެ!) ފަހެ އެމީހަކަށް ﷲ ގެ حضرة ން އެއްވެސް ހެޔޮކަމެއް ސަލާމަތްކަމެއް ނުވެއެވެ. (ﷲ އޭނާގެ ކަންތަކުން ބަރީއަވެވޮޑިގެންވެއެވެ.) ހަމައެކަނި އެމީހުންގެ ބާރުގެދަށަށް ވަދެވިފައިވާމީހާ އޭނާ އެތަނުން ސަލާމަތްވާންދެން ބޭރުފުށުން އެމީހުންނީ ސަހަރޯވެރިންކަމުގެ ގޮތްދެއްކުމެއްނޫނެވެ. އެފަދަމީހާ އެފަދަ ވަގުތު އެފަދަ ބަސްބުނުން ހުއްދައެވެ. އެތެރެފުށުން އެމީހުންގެ ކާފަރުކަމާއި عداوة ތެރިކަން ދަންނަވާނެއެވެ. ﷲ تعالى ކަނޑައެޅިގެން އެކަލާނގެ ذات ފުޅަށް ކަލޭމެން އެފަދަ ކަންތައްކުރުމާމެދު ބިރުވެތިކުރައްވަނީއެވެ. އަދި ކަލޭމެން އެނބުރިދިއުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.
-
29
قُلْ إِن تُخْفُوا۟ مَا فِى صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ ٱللَّهُ ۗ وَيَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Q̣ul ʹiñ tukhfoo maa- fee ṣudoorikum ʹaw tubdoohu yaʻlamhul laah. Wayaʻlamu maa- fis samaawaati wa-maa fil ʹarḍ. Wallaahu ʻalaa kulli shayʹiñ Q̣adeer.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ ހިތްތަކުގައިވާތަކެތި (ކާފަރުންނާމެދު ސަހަރޯވެރިކަން ބެހެއްޓުމުގެ ލޯބި) ކަލޭމެން ފާޅުނުކުރިޔަސް، ވަންހަނާކުރިޔަސް އަދި ނުވަތަ ފާޅުކުރިޔަސް އެކަމެއް ﷲ ދެނެވޮޑިގެންވެއެވެ. އަދި އުޑުތަކާއި ބިމުގައިވާހާތަކެތިވެސް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި ހުރިހާކަމެއްގެމައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
30
يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوٓءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدًۢا بَعِيدًا ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ
Yawma tajidu kullu nafsim maa ʻamilat min khayrim muḥ-ḍarañw wamaa ʻamilat miñ soooʹ. Tawaddu law ʹanna baynahaa wa-baynahooo ʹamadam baʻeedaa. Wa-yuhaẓẓi-rukumul lahu Nafsah. Wallaahu Raʹoofum bilʻibaad.
އަދި ކޮންމެ نفس އެއްވެސް ހެޔޮކަމުގެތެރެއިން އެ نفس އެއްކުރިއްޔާ ކުރިހާކަމަކާއި އަދި ނުބައިކަމުގެ ތެރެއިން އެ نفس އެއް ކުރިއްޔާ ކުރިހާކަމަކާއި (ތިމާގެ ކުރިމައްޗަށް) حاضر ވެގެންވާ ދުވަހު ނުބައިކަންތައްކުރިމީހާ ތިމާޔާ އެނުބައި ކަންތަކާއިމެދު ވަރަށް ދުރުވެގެންވާ ދުރުމިނެއްވުމަށް ލޯބިކުރާނެއެވެ. (އަދި އެފަދަ ނުބައި ކަންތައްތަކަށް ކަލޭމެން އަރައިގަނެ ﷲ ގެ ކޯފާ ކަލޭމެންގެ މައްޗަށް އަތުވެދާނެތީ) ﷲ ގެ ذات ފުޅަށް ބިރުވެތިވުމަށް ކަލޭމެންނަށް ﷲ ބިރުވެރިކަން ދެއްވަނީއެވެ. އަދި ﷲ تعالى އީ އަޅުތަކުންގެމައްޗަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ.
-
31
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
Q̣ul ʹiñ kuñtum tuḥibboonal laaha fattabiʻoonee yuḥbibkumul laahu wa-yag̣fir lakum ẓunoobakum: wallaahu G̣afoorur Raḥeem.
ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނީ ﷲ އަށް ލޯބިވާބަޔަކުކަމުގައި ވަންޏާ ފަހެ ކަލޭމެން ތިމަންކަލޭގެފާނާއި تبع ވާށެވެ! އޭރުން ﷲ ކަލޭމެންނަށް ލޯބިވެވޮޑިގަންނަވާނެއެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަތައް ފުއްސަވާނެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
32
قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَـٰفِرِينَ
Q̣ul ʹaṭeeʻul laaha war-Rasool: faʹiñ tawallaw faʹinnal laaha laa- yuḥibbul Kaafireen.
ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ﷲ އަށާއި رَسول އާއަށް ކިޔަމަންތެރިވާށެވެ! ފަހެ އެމީހުން (ކިޔަމަންތެރިނުވެ) އެނބުރި ފުރަގަސްދީފިއްޔާ ދަންނާށެވެ! (އެފަދަމީހުންނާއިމެދު ބެލެވޭނީ އެއީ ކާފަރުންކަމުގައެވެ.) އަދި ކާފަރުންނަށް ހަމަކަށަވަރުންވެސް ﷲ تعالى ލޯބިވެވޮޑިނުގަންނަވައެވެ.
-
33
۞ إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا وَءَالَ إِبْرَٰهِيمَ وَءَالَ عِمْرَٰنَ عَلَى ٱلْعَـٰلَمِينَ
ʹInnal laahaṣ ṭafaaa ʹAadama wa-Nooḥañw waʹAala ʹIbraaheema wa-ʹAala ʻImraana ʻalal ʻaalameen,
ހަމަކަށަވަރުން آدم (عليه السّلام) އާއި نوح (عليه السّلام) އާއި إبراهيم عليه السّلام ގެ آل ންނާއި އަދި عِمْرَان ގެ آل ން ﷲ تعالى خَاصّ ކުރައްވައި إختيار ކުރެއްވިއެވެ. އެއީ އެންމެހައި عَالَم ތަކުގެމައްޗަށެވެ.
-
34
ذُرِّيَّةًۢ بَعْضُهَا مِنۢ بَعْضٍ ۗ وَٱللَّهُ سَمِيعٌ عَلِيمٌ
Ẓurreeyyatam baʻḍuhaa mim baʻḍ: wallaahu Sameeʻun ʻAleem.
އޭގެ އެއްދަރިކޮޅެއްވަނީ އަނެއްދަރިކޮޅެއްގެތެރެއިންނެވެ. (އެއީ دين އާއި توحيد ގެ ގޮތުންނެވެ.) އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
35
إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
ʹIẓ q̣aalat imraʹatu ʻImraana Rabbi ʹinnee naẓartu laka maa- fee baṭnee muḥarrarañ fataq̣abbal minnee: ʹinnaka ʹAñtas Sameeʻul ʻAleem.
عمران ގެ އަނބިކަނބަލުން އެކަމަނާގެ رَبّ އަށް ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަމަނާ ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާގެ ބަނޑުގައި މިވާ ދަރިފުޅު އިބަރަސްކަލާނގެއަށްޓަކައި (ކަނީސާގެ خادم އެއްކަމުގައި) ލުމަށް އިބަރަސްކަލާނގެއަށް نَذر ގެންފީމެވެ. ފަހެ މިއަޅާގެ ކިބައިން އިބަރަސްކަލާނގެ قبول ކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
36
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ ۖ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَـٰنِ ٱلرَّجِيمِ
Falammaa waḍaʻathaa q̣aalat Rabbi ʹinnee waḍaʻtuhaaa ʹuñs̤aa! Wallaahu ʹAʻlamu bimaa waḍaʻat wa-laysaẓ ẓakaru kalʹuñs̤aa. Waʹinnee sammaytuhaa Maryama waʹinneee ʹuʻeeẓuhaa bika waẓurriyatahaa minash Shayṭaanir Rajeem.
ދެންފަހެ އެކަމަނާ އެދަރިފުޅު ރައްކައުވިހިނދު ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! ހަމަކަށަވަރުން މިއަޅާ ވިހެއީ އަންހެންކުއްޖެކެވެ. އަދި އެކަމަނާ ވިހެއި ކުއްޖެއް ﷲ ދެނެވޮޑިގަތުންބޮޑެވެ. ފިރިހެންކުދިން އަންހެންކުދިންފަދައިން ނުވެއެވެ. (އެއްކަހަލައެއްނޫނެވެ. އެކަމަނާ ދެންނެވިއެވެ.) ހަމަކަށަވަރުން މިއަޅާ އެދަރިފުޅަށް މިނަން ދެއްވީ مَرْيَمْ އެވެ. އަދި އެދަރިފުޅާއި އެދަރިފުޅުގެ ދަރިފަސްކޮޅު ނުބައިނުލަފާ އަދި ފައްސައިލެވިފައިވާ شيطان އާގެ ކިބައިން ރައްކާތެރިކުރައްވައި ސަލާމަތްކުރެއްވުމަށް އިބަރަސްކަލާނގެ حضرة ން މިއަޅާ حماية ލިބިގަންނަމެވެ.
-
37
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنۢبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا ٱلْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَـٰمَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ ٱللَّهِ ۖ إِنَّ ٱللَّهَ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ
Fataq̣abbalahaa Rabbuhaa biq̣aboolin ḥasaniñw waʹambatahaa nabaatan ḥasanañw wakaffalahaa Zakariyyaa. Kullamaa dakhala ʻalayhaa Zakariyyal Miḥraaba wajada ʻiñdahaa rizq̣aa. Q̣aala yaa-Maryamuʹ annaa laki haaẓaa? Q̣aalat huwa min ʻiñdil laah: ʹinnal laha yarzuq̣u mañy yashaaaʹu big̣ayri ḥisaab.
ދެންފަހެ އެކަމަނާގެ رَبّ އެކަމަނާގެ ކިބައިން مريم ގެފާނު ރަނގަޅުގޮތުގައި قبول ކުރެއްވިއެވެ. އަދި އެކަމަނާ އެބަހީ مريم ގެފާނު - ރަނގަޅަށް ބަލަހައްޓަވާ تَرْبِيّة ކުރެއްވިއެވެ. އަދި އެކަމަނާ ބެލެހެއްޓެވުމާ زكريّا ގެފާނާއި حوال ކުރެއްވިއެވެ. އަދި زكريّا (عليه السّلام) އެކަމަނާގެ ގާތަށް مِحْراب ގެއަށް ވަޑައިގަންނަވާ ކޮންމެހިނދެއްގައި އެކަމަނާގެ އަރިހުގައި ރިޒުގުވަނިކޮށް ދެކެވަޑައިގަންނަވައެވެ. އެހިނދު ވިދާޅުވެއެވެ. އޭ مَرْيَم އެވެ! މިރިޒުގު ކަމަނާއަށް މިއަންނަނީ ކޮންގޮތަކުން ކިހިނަކުންތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. އެއީ ﷲ ގެ حضرة ންނެވެ. ހަމަކަށަވަރުން ﷲ އެދިވޮޑިގަންނަވާ އަޅަކަށް އެއްވެސް ހިސާބެއްނެތި އެކަލާނގެ ރިޒުގުދެއްވައެވެ. • ދަންނައެވެ! مِحْراب އަކީ كَنِيْسَة ގައި އެތާނގެމަތީގައިވާ ކޮޓަރިއެއްކަމަށް مُفَسِّرން ވިދާޅުވެއެވެ. • مريم ގެފާނުންގެ އަރިހުގައި ހުންނަ ރިޒުގަކީ ހޫނުމޫސުމުގައި ފިނިމޫސުމުގެ މޭވާއެވެ. އަދި ފިނިމޫސުމުގައި ހޫނުމޫސުމުގެ މޭވާއެވެ. މިއީ އާދަޔާ خلاف ކަމެކެވެ. އެހެންވެ އެވާހަކަތައް އާޔަތުގައި بيان ވެގެންވާ ކަމުގައިވެއެވެ. والله أعلم.
-
38
هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ
Hunaalika daʻaa Zakariyyaa Rabbah: q̣aala Rabbi hab lee mil laduñka ẓurriyyatañ ṭayyibah: ʹinnaka Sameeʻud duʻaaaʹ.
އެހިނދު زكريّا (عليه السّلام) އެކަލޭގެފާނުންގެ رَبّ އަށް دُعَاء ދެންނެވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ. މިއަޅާއަށް އިބަރަސްކަލާނގެ حضرة ން ރަނގަޅު ދަރިފަސްކޮޅެއް ދެއްވާންދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ دعاء އައްސަވާވޮޑިގެންވާ ކަލާނގެއެވެ.
-
39
فَنَادَتْهُ ٱلْمَلَـٰٓئِكَةُ وَهُوَ قَآئِمٌ يُصَلِّى فِى ٱلْمِحْرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًۢا بِكَلِمَةٍ مِّنَ ٱللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ ٱلصَّـٰلِحِينَ
Fannaadathul malaaʹikatu wa-huwa q̣aaʹimuñy yuṣallee fil Miḥraabi ʹannal laaha yubashshiruka bi-Yaḥyaa muṣaddiq̣am bi-Kalimatim minal laahi wa-sayyidañw waḥaṣurañw wa-Nabiyyam minaṣ ṣaaliḥeen.
ދެންފަހެ އެކަލޭގެފާނު مِحْراب ގައި ނަމާދަށް قائم ވެ ހުންނަވަނިކޮށް مَلائكة އާ (جبريل عليه السّلام) ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ تعالى ކަލޭގެފާނަށް يحيى ގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر ދެއްވައެވެ. އެއީ ﷲ تعالى ގެ حضرة ންވާ كلمة އެއް ތެދުކުރައްވާ ޙާލުކޮޅުގައެވެ. (يحيى ގެފާނުގެ ނަންފުޅު އިންޖީލުގައުވަނީ يُوْحَنَّا އެވެ. އަދި ﷲ ގެ ޙަޟްރަތުންވާ ކަލިމައެއްގެ مُرَاد ކުރެވެނީ (عيسى عليه السلام އެވެ.) އެކަލޭގެފާނަށް ކަލިމަ ގެ لفظ ން مُرَاد ކުރެވެނީ އެކަލޭގެފާނު ހެއްދެވިފައިވަނީ ﷲ ގެ ބަސްފުޅު (كُنْ- އެބަހީ - ވާށޭ.) މި كلمة އިންނެވެ. والله أعلم. އަދި އެކަލޭގެފާނު އެބަހީ يحيى عليه السّلام ދުނިޔެއަށް ވަޑައިގަންނަވަނީ (އަޅުކަމާއި علم ގެ) ސާހިބެއްގެގޮތުގައްޔާއި އަދި އަންހެނުންނާ جماع ނުވާ ބޭކަލެއްގެގޮތުންނާއި އަދި نبي ބޭކަލެއްގެ ގޮތުންނާއި އަދި صالح މާތްމީހުންގެތެރެއިންވާ ބޭކަލެއްގެގޮތުންނެވެ.
-
40
قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌ وَقَدْ بَلَغَنِىَ ٱلْكِبَرُ وَٱمْرَأَتِى عَاقِرٌ ۖ قَالَ كَذَٰلِكَ ٱللَّهُ يَفْعَلُ مَا يَشَآءُ
Q̣aala Rabbi ʹannaa yakoonu lee g̣ulaamuñw waq̣ad balag̣aniyal kibaru wam-raʹatee ʻaaq̣ir? Q̣aala kaẓaalikal laahu yafʻalu maa- yashaaʹ.
އެކަލޭގެފާނު އެބަހީ زكريّا عليه السّلام ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! މިއަޅާއަށް ދަރިކަލަކު ލިބޭނީ ކޮންފަދައަކުންތޯއެވެ. ހަމަކަށަވަރުން މިއަޅާ عُمرންދުވަސްވެ މުސްކުޅިކަންބޮޑުވެއްޖެއެވެ. އަދި މިއަޅާގެ އަނބިކަނބަލުން އެއީ أصل އަށްވެސް ދަރިން ނުލިބޭ އަންހެނެކެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ކަންތައްހުރީ ތިޔަހެންނެވެ. ނަމަވެސް ﷲ، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވައެވެ. (އެކަލާނގެއަށް އެއީ ދަތިކަމެއްނޫނެވެ.)
-
41
قَالَ رَبِّ ٱجْعَل لِّىٓ ءَايَةً ۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَـٰثَةَ أَيَّامٍ إِلَّا رَمْزًا ۗ وَٱذْكُر رَّبَّكَ كَثِيرًا وَسَبِّحْ بِٱلْعَشِىِّ وَٱلْإِبْكَـٰرِ
Q̣aala Rabbij ʻal Leee ʹAayah! Q̣aala ʹAayatuka ʹallaa tukalliman naasa s̤alaas̤ata ʹayyaamin ʹillaa ramzaa. Waẓkur Rabbaka kas̤eerañw wasabbiḥ bilʻashiyyi wal-ʹib-kaar.
އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ! މިއަޅާއަށް އެކަމުގެ علامة އެއްލައްވައިދެއްވާނދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އެކަމުގެ علامة އަކީ ތިންދުވަސްވާންދެން ހަމައެކަނި އިޝާރަތާއި ރަމްޒީގޮތުންމެނުވީ ކަލޭގެފާނު މީސްތަކުންނާ ވާހަކަފުޅުނުދެއްކެވުމެވެ. އަދި ކަލޭގެފާނު ކަލޭގެފާނުންގެ رَبّ އަށް ހަވީރާއި ހެނދުނު ގިނަގިނައިން ذكرކުރައްވާ تَسْبِيح ވިދާޅުވާށެވެ!
-
42
وَإِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ ٱصْطَفَىٰكِ وَطَهَّرَكِ وَٱصْطَفَىٰكِ عَلَىٰ نِسَآءِ ٱلْعَـٰلَمِينَ
Wa-ʹiẓ q̣aa-latil malaaaʹikatu yaa-Maryamu ʹinnal laahaṣ ṭafaaki waṭahharaki waṣṭafaaki ʻalaa nisaaʹil ʻaalameen.
އަދި ملائكة އާ (جبريل عليه السّلام) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އޭ مريم އެވެ! ހަމަކަށަވަރުން ﷲ تعالى ކަމަނާ މާތްކުރައްވާ خاصّ ކުރައްވާ إختيار ކުރައްވައިފިއެވެ. އަދި دين އާއި عقيدة ގެ ގޮތުންނާއި އެންމެހައި فاحش ކަންތަކުން ކަމަނާ طاهر ކުރައްވައިފިއެވެ. އަދި عالم ތަކުގެ އަންހެނުންގެ މައްޗަށް އެކަލާނގެ ކަމަނާ މާތްކުރައްވާ خاصّ ކުރައްވައިފިއެވެ.
-
43
يَـٰمَرْيَمُ ٱقْنُتِى لِرَبِّكِ وَٱسْجُدِى وَٱرْكَعِى مَعَ ٱلرَّٰكِعِينَ
Yaa-Maryamu uq̣nutee li-Rabbiki wasjudee warkaʻee maʻar raakiʻeen.
އޭ مريم އެވެ! ކަމަނާ ކަމަނާގެ رَبّ އަށް ކިޔަމަންތެރިވެވަޑައިގެން އަޅުކަމުގައި ދެމިހުންނަވާށެވެ! އަދި ركوع ކުރާމީހުންނާއިއެކު ركوع ކުރައްވައި سجدة ކުރައްވާށެވެ. (އެބަހީ އަޅުކަން ކުރައްވާށެވެ!)
-
44
ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَـٰمَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ
Ẓaalika min ʹambaaaʹil g̣aybi noo-ḥeehi ʹilayk. Wa-maa kuñta ladayhim ʹiẓ yulq̣oona ʹaq̣laamahum ʹayyuhum yak-fulu Maryam: wa-maa kuñta ladayhim ʹiẓ yakhtaṣimoon.
(އޭ رَسول ﷲ އެވެ.) މި بَيَان ވެދިޔައީ (އެބަހީ إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا......... މިތަނުން ފެށިގެން މިހާތަނަށް بَيَان ވެގެންމިދިޔައީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ غَيْبُ ގެ خبر ތަކެވެ. (ކަލޭގެފާނަށްވެސް އަދި ކަލޭގެފާނުންގެ قوم ގެމީހަކަށްވެސް މިވާހަކަތައް މީގެކުރީގައި އެނގިގެން ނުވެއެވެ.) އަދި އެމީހުންގެ ގަލަންތައް (އެބަހީ زكريّا عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިތިބި މީހުންގެ ގަލަންތައް) مَريم ގެފާނާއި حوال ވާނީ ކާކުތޯ ބެލުމަށް قُرْعَة ލުމުގެގޮތުން ކޯރުތެރެއަށް އުކިހިނދު އެމީހުންގެތެރޭގައި ކަލޭގެފާނު ނުވަމުއެވެ. އަދި އެކަމާމެދު އެމީހުން ދެބަސްވެ އަރައިރުންވީހިނދުވެސް އެމީހުންގެ ތެރޭގައި ކަލޭގެފާނު ނުވަމުއެވެ.
-
45
إِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ
ʹIẓ q̣aa-latil malaaaʹikatu yaa-Maryamu ʹinnal laaha yubashshiruki bi-Kalimatim minhus muhul Maseeḥu ʻEesab nu Maryama wajeehañ fid dunyaa wal-ʹAakhirati wa-minal Muq̣arrabeen.
އަދި ملائكة އާ (އެބަހީ جبريل عليه السّلام مريم ގެފާނަށް) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ مريم އެވެ! ހަމަކަށަވަރުން ﷲ تعالى އެކަލާނގެ حضرة ންވާ كلمة އެއްގެ އުފާވެރި خبر އެކަލާނގެ ކަމަނާއަށް ދެއްވައެވެ. كلمة އިގެ ނަމަކީ المسيح އެވެ. مريم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) އެވެ. އެބޭކަލަކީ ދުނިޔެއާއި آخرة ގައިވެސް މަތިވެރިވެގެންވާ ދަރަޖަޔާ شرف ގެ ވެރި ބޭކަލެއްގެގޮތުގައެވެ. އަދި ﷲ ގެ حضرة ގައި ކުއްތަންވެގެންވާ ބޭކަލެއްކަމުގައެވެ.
-
46
وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا وَمِنَ ٱلصَّـٰلِحِينَ
Wa-yukallimun naasa fil mahdi wa-kahlañw waminaṣ ṣaaliheen.
އަދި ވިހޭތަންމަތީގައި އެންމެޅައިރުގައްޔާއި އަދި ބޮޑުފިރިހެނަކަށް ވުމަށްފަހުގައި އެކަލޭގެފާނު މީސްތަކުންނާއި ވާހަކަފުޅުދައްކަވާ ބޭކަލަކުކަމުގައެވެ. އަދި އެކަލޭގެފާނު ވަނީ صالح ބޭކަލުންގެތެރެއިންނެވެ.
-
47
قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
Q̣aalat Rabbi ʹannaa yakoonu lee waladuñw wa-lam yamsasnee bashar. Q̣aala kaẓaalikil laahu yakhlaq̣u maa- yashaaaʹ: ʹiẓaa q̣aẓaaa ʹamrañ faʹinnamaa yaq̣oolu lahoo ʻKUÑʹ fayakoon!
އެކަމަނާ އެބަހީ مَرْيَم ގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ! މިއަޅާއަށް ދަރިކަލަކުވާނީ ކޮންގޮތަކުންތޯއެވެ؟ އަދި މިއަޅާގެ ގައިގާ އާދަމުގެދަރިއަކު ނުބީހެއެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ﷲ އެފަދައެވެ. އެބަހީ ﷲ ގެ ހެއްދެވުން އެފަދައެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އެއްޗެއް އެކަލާނގެ ހައްދަވައެވެ. އެކަލާނގެ ކަމެއް ނިޔާކުރައްވަންޏާ އެކަމަކަށް އެކަލާނގެ وحي ކުރައްވަނީ "ވާށޭ" މިފަދައިންނެވެ. ދެން އޭރުން އެކަމެއް އެވީއެވެ.
-
48
وَيُعَلِّمُهُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ
Wa-yuʻallimuhul Kitaaba wal-Ḥikmata wat-Tawraata wal-ʹIñjeel,
އަދި އެކަލާނގެ އެކަލޭގެފާނަށް ލިއުމާއި حكمة އުގަންނަވައިދެއްވައި އަދި توراة އާއި إنجيل އުގަންނަވައި ދެއްވާނެއެވެ.
-
49
وَرَسُولًا إِلَىٰ بَنِىٓ إِسْرَٰٓءِيلَ أَنِّى قَدْ جِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ ۖ أَنِّىٓ أَخْلُقُ لَكُم مِّنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًۢا بِإِذْنِ ٱللَّهِ ۖ وَأُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لَّكُمْ إِن كُنتُم مُّؤْمِنِينَ
Wa-Rasoolanʹ ilaa Baneee ʹIsraaaʹeel: ʹannee q̣ad jiʹtukum̃ biʹaayatim mir Rabbikum ʹanneee ʹakhulq̣u lakum minaṭ ṭeeni kahayʹatiṭ ṭayri faʹanñfukhu feehi fayakoonu ṭayram biʹiẓnil laaḥ. Waʹubriʹul ʹakmaha wal-ʹabraṣa waʹuḥyil mawtaa biʹiẓnil laah. Waʹunabbiʹukum̃ bimaa taʹkuloona wamaa taddakhi fee bayootikum. ʹInna fee ẓaalika laʹaayatal lakum ʹiñ kuñtum Muʹmineen;
އަދި އެކަލާނގެ އެކަލޭގެފާނު ފޮނުއްވަނީ بني إسرائيل ންނަށްވާ رَسول އަކު ކަމުގައެވެ. (އަދި އެކަލޭގެފާނު رَسول ކަމާއިގެން ވަޑައިގެން ވިދާޅުވުމަށެވެ.) ހަމަކަށަވަރުން އަހުރެން ކަލޭމެންގެ ގާތަށް (رَسول ކަމާއިގެން) މިއައީ ކަލޭމެންގެ رَبّ ގެ حضرة ން دليل އާއިގެންނެވެ. (އަހުރެންގެ رَسول ކަން ތެދުކަމުގެމައްޗަށް مُعْجِزَة އާއިގެންނެވެ. ހަމަކަށަވަރުން އަހުރެން ކަލޭމެނަށް މަށީން ދޫނީގެ ސިފަޔަށް ހަދާފައި ދެން އަހުރެން އެއަށް ފުމެލުމުން ﷲ ގެ إذْنَ ފުޅަށް އޭތި ދޫންޏަކަށް ވާނެއެވެ. އަދި ވިހާއިރުވެސް އެއްގޮތަކަށް ލޮލުގެ އަލިކަން ނެތް ކަނުމީހުންނަށާއި ބަރޮސްބަލިޖެހިފައިވާ މީހުންނަށް ﷲ ގެ އިޒުނަފުޅަށް އަހުރެން ފަސޭހަކޮށްދީ ރަނގަޅުކޮށްދޭހުށީމެވެ. އަދި މަރުވެފައިވާ މީހުންވެސް ﷲ ގެ އިޒުނަފުޅަށް އަހުރެން ދިރުވަމެވެ. އަދި ކަލޭމެން ގޭގައި ކާތަކެއްޗާއި އަދި ނުކައި ރައްކާކޮށްފާ ހުންނަ ތަކެތީގެ خبر ވެސް އަހުރެން ކަލޭމެންނަށް ދޭހުށީމެވެ. ކަލޭމެންނަކީ އީމާންވާބަޔަކުކަމުގައިވަންޏާ ހަމަކަށަވަރުން އެކަންކަމުގައި ކަލޭމެންނަށް دليل ވެއެވެ. (އަހުރެންގެ رَسول ކަން ތެދުކުރުމުގެ މައްޗަށް ހުރި دليل ވެއެވެ.)
-
50
وَمُصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَلِأُحِلَّ لَكُم بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Wa-Muṣaddiq̣al limaa bayna yadayya minat Tawraati wa-liʹuḥilla lakum̃ baʻḍal laẓee ḥurrima ʻalaykum wa-jiʹtukum̃ biʹAayatim mir Rabbikum, fattaq̣ul laaha waʹaṭeeʻoon.
(އަދި އަހުރެން މިއައީ) އަހުރެންގެ ކުރީގައިވާފޮތް توراة ތެދުކުރާ ގޮތުގެމަތީންނެވެ. އަދި ކަލޭމެންގެމައްޗަށް حرام ކުރެވިގެންވާ ބައެއްތަކެތި ކަލޭމެނަށް حلال ކޮށްދިނުމަށެވެ. އަދި އަހުރެން رَسول ކަމާއިގެން ކަލޭމެންގެގާތަށް މިއައީ ކަލޭމެންގެ رَبّ ގެ حضرة ންވާ دليل އާއި مُعْجِزَة އާއިގެންނެވެ. ފަހެ އެހެންވެ ކަލޭމެން ﷲ އަށް ބިރުވެތިވެ تقوى ވެރިވާށެވެ! އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
-
51
إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۗ هَـٰذَا صِرَٰطٌ مُّسْتَقِيمٌ
ʹInnal laaha Rabbee wa-Rabbukum faʻbudooh. Haaẓaa Ṣiraṭum mustaq̣eem.
ހަމަކަށަވަރުން ﷲ އެއީ އަހުރެންނާއި އަދި ކަލޭމެންގެވެސް رَبّ އެވެ. އެހެންވެ ކަލޭމެން ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާށެވެ! ސީދާވެގެންވާ މަގަކީ އެއީއެވެ.
-
52
۞ فَلَمَّآ أَحَسَّ عِيسَىٰ مِنْهُمُ ٱلْكُفْرَ قَالَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشْهَدْ بِأَنَّا مُسْلِمُونَ
Fa-lammaaa ʹaḥassa ʻEesaa min-humul Kufra q̣aala man ʹAñṣaareee ʹilal laah? Q̣aalal Ḥawaariyyoona naḥnu ʹAñṣaarul laah: ʹaamannaa billaahi washhad biʹannaa Muslimoon.
ދެންފަހެ عيسى عليه السّلام އަށް އެމީހުންގެ ކިބައިން - އެބަހީ ބަނީ އިސްރާއީލުގެ ބައެއް މީހުންގެކިބައިން - ކާފަރުކަމާއި ދެކޮޅުވެރިކަމުގެ އަސަރު إحساس ވެވަޑައިގަތުމުން ވިދާޅުވިއެވެ. އަހުރެންނާއިއެކު ﷲ އަށް نصر ދޭނީ (ﷲ ގެ ދީނަށް نصر ދޭނީ) ކާކުހެއްޔެވެ؟ حَوَارِىُّ ން ދެންނެވިއެވެ. އަހުރެމެންނީ ﷲ އަށް نصر ދޭނޭ މީހުންނީމުއެވެ. (حَوَارِىُّ ންނަކީ عيسى عليه السّلام ގެ أصحاب ންނެވެ.) އަހުރެމެން އެކަލާނގެއަށް އީމާންވެއްޖައީމުއެވެ. ފަހެ ހަމަކަށަވަރުން އަހުރެމެންނީ ކިޔަމަންތެރިންކަމުގައި / مسلم ންކަމުގައި ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ.
-
53
رَبَّنَآ ءَامَنَّا بِمَآ أَنزَلْتَ وَٱتَّبَعْنَا ٱلرَّسُولَ فَٱكْتُبْنَا مَعَ ٱلشَّـٰهِدِينَ
Rabbanaaa ʹaamannaa bimaaa ʹañzalta wattabaʻnar Rasoola faktubnaa maʻash Shaahideen.
އޭ އަޅަމެންގެ رَبّ އެވެ! އިބަރަސްކަލާނގެ ބާވައިލެއްވިތަކެއްޗަށް (عيسى عليه السّلام) އަށް ބާވައިލެއްވި ތަކެއްޗަށް) އަޅަމެން އީމާންވެއްޖައީމު އެވެ. އެތަކެތި ތެދުކޮށްފީމުއެވެ. އަދި رَسول އާއަށް (އެބަހީ عيسى عليه السّلام އާއި) އަޅަމެން تبع ވެއްޖައީމެވެ. ފަހެ (حقّ އަށް تبع ވެ توحيد އަށް) ހެކިދޭމީހުންނާއިއެކު އަޅަމެން ލިއުއްވާނދޭވެ!
-
54
وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ
Wa-makroo wa-makral laah: wallaahu Khayrul maakireen.
އަދި އެމީހުން އެބަހީ ބަނީ އިސްރާއީލުގެ ބައެއްމީހުން (عيسى عليه السّلام އަވަހާރަކޮށްލުމަށް ނުބައި ރޭވުން ރޭވިއެވެ. އަދި ﷲ ވެސް އެމީހުންނަށް އޮޅޭގޮތް ހައްދަވައި އޮޅުވައިލެއްވިއެވެ. އަދި ﷲ އީ މަކަރުހަދާ ފަރާތްތަކުގެ ތެރެއިން އެންމެ ހެޔޮލަފާ ފަރާތެވެ. • ދަންނައެވެ! مكر ހެދުމަކީ އަދި ބޮޑާކަމަކީ ﷲ تعالى ގެ ذات ފުޅަށް މާތް ދެސިފައެވެ. އިންސާނުންގެ ނިސްބަތުގައި ހުތުރު އަދި ނުބައި ދެސިފައެވެ. އެކަލާނގެ مكر ހެއްދެވުން އޮންނަނީވެސް އެކަލާނގެ ذات ފުޅާ އެކަށީގެންވާގޮތަށެވެ. މިއާޔަތުގައި މިވާ މަކަރަކީ بني إسرائيل ންގެ ބަޔަކު عيسى عليه السّلام • އަވަހާރަކޮށްލަން ރޭވިހިނދުން އެކަލޭގެފާނުންގެ ސިފަފުޅު އެހެންމީހަކަށް ބަދަލުކުރެއްވުމެވެ. އެމީހުން މަރާ صَليب ކުރީ އެހެންމީހެކެވެ. އަދި އެކަލޭގެފާނު ﷲ އުޑަށް އުފުއްލެވީއެވެ. والله أعلم.
-
55
إِذْ قَالَ ٱللَّهُ يَـٰعِيسَىٰٓ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُوا۟ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوْقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۖ ثُمَّ إِلَىَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ
ʹIẓ q̣aalal laahu yaa-ʻEesaaa ʹinnee mutawaffika wa-raafiʻuka ʹilayya wa-muṭah-hiruka minal laẓeena kafaroo wa-jaaʻilul laẓeenat taabaʻooka fawq̣al laẓeena kafarooo ʹila Yawmil Q̣iyaamah. S̤umma ʹilayya marjiʻukum faʹaḥkumu baynakum feemaa kuñtum feehi takhtalifoon.
ﷲ تعالى (عيسى عليه السّلام އަށް) وحي ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ وحي ކުރެއްވިއެވެ. އޭ عيسى އެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަލޭގެފާނުންގެ ފުރާނަފުޅު ހިފަހައްޓަވާނޭ ކަލަކީމެވެ. އަދި ކަލޭގެފާނުން ތިމަންރަސްކަލާނގެ حضرة އަށް އުފުއްލަވާނެކަލަކީމެވެ. އަދި ކާފަރުވީ މީސްތަކުންގެ ކިބައިން ކަލޭގެފާނު طَاهر ކުރައްވާނޭ ކަލަކީމެވެ. (އެމީހުންގެ ކިބައިން ސަލާމަތްކުރައްވާހުށީމެވެ.) އަދި ކަލޭގެފާނާއި تبع ވީ މީސްތަކުން قيامة ދުވަހާއި ހަމައަށްދާންދެންވެސް ކާފަރުންނަށްވުރެ މަތީގައި ބައިތިއްބާނޭ ކަލަކީމެވެ. ދެން ކަލޭމެން (އެންމެންވެސް) އެނބުރި رُجُوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. އަދި ކަލޭމެންގެމެދުގައި އެކަމަކާއިމެދު إختلاف ވެ ދެބަސްވާކަމުގައިވީ ކަންކަމުގެ حكم ތިމަންރަސްކަލާނގެ ކުރައްވާހުށީމެވެ.
-
56
فَأَمَّا ٱلَّذِينَ كَفَرُوا۟ فَأُعَذِّبُهُمْ عَذَابًا شَدِيدًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ
Faʹammal aẓeena kafaroo faʹuʻaẓẓibuhum ʻaẓaabañ shadeedañ fid dunyaa wal-ʹAa wa-maa lahum min naaṣireen.
ފަހެ ކާފަރުވެއްޖެ މީސްތަކުން ދަންނައެވެ! ފަހެ އެމީހުންނަށް ގަދަވެގެންވާ عَذَاب އަކުން ތިމަންރަސްކަލާނގެ عَذَاب ދެއްވާހުށީމެވެ. ދުނިޔެއާއި آخرة ގައެވެ. އަދި އެމީހުންނަށް އެއްވެސް نصر ވެރިއަކު ނުވާހުއްޓެވެ.
-
57
وَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمْ أُجُورَهُمْ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ
Waʹammal laẓeena ʹaamanoo waʻamiluṣ ṣaaliḥaati fayu ʹujoorahum: wallaahu laa- yuḥibbuz̤̣ z̤̣aalimeen.
އަދި އީމާންވެގެން صالح عمل ކުރި މީސްތަކުން ދަންނައެވެ. ފަހެ އެމީހުންނަށް އެމީހުންގެ أجُور ފުރިހަމައަށް އެކަލާނގެ ދެއްވާނެއެވެ. އަދި އަނިޔާވެރިންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
-
58
ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ ٱلْـَٔايَـٰتِ وَٱلذِّكْرِ ٱلْحَكِيمِ
Ẓaalika natloohu ʻalayka minal ʹAayaati waẓ-Ẓikril Ḥakeem.
އެއީ - އެބަހީ އިސްވެދިޔަ خبر ތަކަކީ يعني عيسى عليه السّلام އާއި އެކަލޭގެފާނުންގެ މަންމާފުޅު مريم ގެފާނާ އެކަމަނާގެ މަންމާފުޅު حَنَّة އާއި އަދި زكريّا عليه السّلام އާއި އެކަލޭގެފާނުންގެ ދަރިކަލުން يَحْيى عليه السّلام އާއި އަދި حَوَارى ގެ ވާހަކަތަކާއި އަދި بني إسرائيل ންކުރެ يهودي ންގެ ވާހަކަތަކާއި މިއެންމެހައި ވާހަކަތަކަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދޭ حُجَّة އާއި عِبْرة ގެތެރެއިންނާއި حكم ގަދަވެގެންވާ ذِكْرُ އެބަހީ ކީރިތި قرآن ގެތެރެއިންވާ خبر ތަކެވެ.
-
59
إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ
ʹInna mas̤ala ʻEesaa ʻiñdal laahi kamas̤ali ʹAadam; khalaq̣ahoo miñ turaabiñ s̤umma q̣aala lahoo ʻKUÑʹ fayakoon.
ހަމަކަށަވަރުން ﷲ تعالى ގެ حضرة ގައި (ހެއްދެވުމުގެގޮތުން) عيسى عليه السّلام އާއި آدم عليه السّلام އާއި އެއްގޮތެވެ. آدم عليه السّلام. ﷲ تعالى ހައްދަވާފައިވަނީ ވެލީންނެވެ. ދެން އެކަލާނގެ އެކަލޭގެފާނަށް ވާށޭ އެންގެވީއެވެ. ދެން އެވީއެވެ. • ﷲ تعالى آدم عليه السّلام ހައްދަވާފައިވަނީ މަޔަކު ބަފައަކާއި ނުލައެވެ. عيسى عليه السّلام ހެއްދެވީ ބަފަޔަކާނުލައެވެ. (އަދި އޭގެކުރިން حَوّى ގެފާނު ހެއްދެވީ މަޔަކާއި ނުލައެވެ.) މިހުރީހައްތާވެސް ހެއްދެވި خالق މަތިވެރި رَبّ سبحانه وتعالى ގެ ހެއްދެވުމުގެ ފޯރުންތެރިކަމާއި ކުޅަދާނަކަމެވެ. މިހެން މިކަންހުރިއިރު ﷲ تعالى ބަފަޔަކާނުލައި عيسى عليه السّلام ހެއްދެވީމާ އެއީ ﷲ ގެދަރިކަލުންނޭ ކިޔައިގެން އެކަލޭގެފާނަށް އަޅުކަންމިކުރާ ރަންބުއްދީގެ މޮޔަ جاهل ން آدم عليه السّلام އަށް އަޅުކަން ނުކުރަނީ ކީއްވެބާވައެވެ؟ އެގޮތުން ބަލާއިރު مَخلوق އަކަށް އަޅުކަންކުރާން ހުއްދަވާނެނަމަ آدم ގެފާނަށް އަޅުކަންކުރުން މާ އައުލާ ނޫންބާވައެވެ. އަދި އެކަލޭގެފާނީ ﷲ تعالى مَلاَئكة ބޭކަލުން ލައްވައި އެކަލޭގެފާނަށް سجدة ކުރުއްވި ކަލޭގެފާނެވެ. ވީމާ މިކަމާ ނުވިސްނަމުތޯއެވެ؟ ﷲُمَّ لاَ شَريك لَكَ.
-
60
ٱلْحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلْمُمْتَرِينَ
ʹAl-Ḥaq̣q̣u mir Rabbika falaa takun minal mumtareen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ ގެ حضرة ން އައިސްފައިވަނީ حقّ ތެދެވެ. ފަހެ ޝައްކުކުރާ މީހުންގެތެރެއިން ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ! (ފަހެ عيسى عليه السّلام އާއި ބެހޭގޮތުން ކަލޭގެފާނާއި جَدَل ކުރަން އައި نَجْرَان ގެ نَصارى އިންނަށް جواب ދެއްވުމުގައި އިސްވެދިޔަ ވާހަކަތައް ފުދޭނެއެވެ. އެއީ حقّ ވާހަކައެވެ. عيسى عليه السّلام އަކީ ﷲ އެއްނޫނެވެ. އަދި ﷲ ގެ ދަރިކަލެއްވެސްނޫނެވެ. އެއީ ހަމަ آدم ގެ ދަރިއެކެވެ. ﷲ ގެއަޅެކެވެ. رسول ބޭކަލެކެވެ.)
-
61
فَمَنْ حَآجَّكَ فِيهِ مِنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ فَقُلْ تَعَالَوْا۟ نَدْعُ أَبْنَآءَنَا وَأَبْنَآءَكُمْ وَنِسَآءَنَا وَنِسَآءَكُمْ وَأَنفُسَنَا وَأَنفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَل لَّعْنَتَ ٱللَّهِ عَلَى ٱلْكَـٰذِبِينَ
Faman ḥaajjaka feehi mim baʻdi maa- jaaaʹaka minal ʻilmi faq̣ul taʻaalaw nadʻu ʹabnaaaʹanaa Waabnaaaʹakum Wanisaaaʹanaa wa-nisaaaʹakum waʹañfusanaa waʹañfusakum s̤umma nabtahil fanajʻal laʻnatal laahi ʻalal kaaẓibeen.
(އޭ رسول ﷲ އެވެ.) ތިމަންރަސްކަލާނގެ حضرة ން ކަލޭގެފާނަށް އަންގަވައިދެއްވި بيان އަށްފަހު އެކަލޭގެފާނާއިމެދު - (އެބަހީ عيسى عليه السّلام އާއިމެދު) އެބަޔާނާއި އިދިކޮޅަށް ކަލޭގެފާނާ جدل ކޮށްހަދާ ބަޔަކަށް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަންނާށެވެ. އަހުރެމެން އަހުރެމެންގެ ދަރިންނަށް ގޮވާނީއެވެ. ކަލޭމެން ކަލޭމެންގެ ދަރިންނަށް ގޮވާ ގެންނާނީއެވެ! އަދި އަހުރެމެން އަހުރެމެންގެ އަންހެނުންނަށް ގޮވާނީއެވެ. އަދި ކަލޭމެން ކަލޭމެންގެ އަންހެނުންނަށް ގޮވާނީއެވެ. އަދި އަހުރެމެންގެ نفس ތަކާއި ކަލޭމެންގެ نفس ތަކާއި މިއެންމެން އެއްކޮށްތިބެ ﷲ އަށް إبتهال ކުރާނީއެވެ. އެބަހީ އަހުރެމެންކުރެ ދޮގުހަދާބައެއްގެ މައްޗަށް ﷲ ގެ لعنة ލެއްވުންއެދި އެންމެންއެކީ دعاء ކުރާނީއެވެ. مُبَاهَلَة ކުރުމަކީ لعنة ލެއްވުމަށް دعاء ކުރުމެވެ.
-
62
إِنَّ هَـٰذَا لَهُوَ ٱلْقَصَصُ ٱلْحَقُّ ۚ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ۚ وَإِنَّ ٱللَّهَ لَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ʹInna haaẓaa lahuwal q̣aṣaṣul ḥaq̣q̣: wa-maa min ʹilaahin ʹillal laah: waʹinnal laaha la-Huwal ʻAzeezul Ḥakim.
ހަމަކަށަވަރުން މިވާހަކަތަކަކީ (އެބަހީ عيسى عليه السّلام އާއިމެދު) ކަލޭގެފާނަށް ތިމަންރަސްކަލާނގެ މި وحي ކުރެއްވި ވާހަކަތަކީ ހަމަ حقّ ތެދުވާހަކަތަކެވެ. (އެކަލޭގެފާނަކީ ﷲ އެއްނޫނެވެ. އަދި ﷲ ގެ ދަރިކަލެއްވެސް ނޫނެވެ. - އެއީ ﷲ މާތްކުރެއްވި އަޅެކެވެ. މާތްވެގެންވާ رسول ބޭކަލެކެވެ. إلهيّة ވަންތަކަމުގެ އެއްވެސް މިންވަރެއް އެކަލޭގެފާނަށް حقّ ވެގެން ނުވެއެވެ.) ﷲ މެނުވީ حقّ ވެގެންވާ އެހެން އެއްވެސް إله އަކު ނުވެއެވެ. އަދި ހަމަކަށަވަރުން ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
63
فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ عَلِيمٌۢ بِٱلْمُفْسِدِينَ
Faʹiñ tawallaw faʹinnal laaha ʻAleemum bil-mufsideen.
ދެންފަހެ އެމީހުން އެނބުރި ފުރަގަސްދީފިއްޔާ (ކަލޭގެފާނު އެމީހުންގެ ފަރާތުން ދުރުވެވަޑައިގަ ންނަވާށެވެ! އެމީހުންގެ ބަސް قبول ނުކުރައްވާށެވެ. އެއީ فاسد ންނެވެ.) ފަހެ ހަމަކަށަވަރުން ފާސިދުކޮށްހަދާމީހުން - އުރެދޭމީހުން ﷲ تعالى ރަނގަޅަށް ދެނެވޮޑިގެންވެއެވެ.
-
64
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ تَعَالَوْا۟ إِلَىٰ كَلِمَةٍ سَوَآءٍۭ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا ٱللَّهَ وَلَا نُشْرِكَ بِهِۦ شَيْـًٔا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَقُولُوا۟ ٱشْهَدُوا۟ بِأَنَّا مُسْلِمُونَ
Q̣ul yaaa-ʹahlal Kitaabi taʻaalaw ʹilaa Kalimatiñ sawaaaʹim baynanaa wa-baynakum ʹallaa naʻbuda ʹilal laaha wa-laa nushrika bihee shayʹañw walaa yat-takhiẓa baʻḍunaa baʻḍan ʹarbaabam miñ doonil laah. Faʹiñ tawallaw faq̣oolush hadoo biʹannaa Muslimoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭ أهل كتاب ންނޭވެ! ކަލޭމެންނާ އަހުރެމެންނާ ދެފަރާތް ހަމަހަމަވާ އެއްކަލިމައެއްގެމައްޗަށް (އެއްބަސްވުމަށް) ކަލޭމެން އަންނާށެވެ! އެއީ އަހުރެމެން ދެބައިމީހުންވެސް ﷲ އަށް މެނުވީ އަޅުކަން ނުކުރުމަށާއި އަދި އަހުރެމެން އެއްބަޔަކުވެސް އެއްވެސް އެއްޗަކާއި އެ އެކަލާނގެއާއި شَرِيْكُ ނުކުޅައުމަށާއި އަދި ﷲ ފިޔަވައި އަހުރެމެން އެއްބަޔަކު އަނެއްބަޔަކު އެއީ رَبّ ންކަމުގައި ނުހެދުމެވެ. (މިކަން ކަމަށް އެއްބަސްވުމަށް ކަލޭމެން އަންނާށެވެ!) ދެންފަހެ އެމީހުން (އެކަމަށް އެއްބަސްނުވެ) އެނބުރި ފުރަގަސްދީފިއްޔާ ކަލޭމެން مسلم ން އެމީހުންނަށް ބުނާށެވެ! ހަމަކަށަވަރުން އަހުރެމެން ކިޔަމަންވެގެންވާ ބަޔަކުކަމުގައި (އެބަހީ ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެއަށް شريك އަކުނުވާ ކަމަށާއި އެކަލާނގެއަށް ރަނގަޅަށް ކިޔަމަންވެގެންވާ مسلم ންކަމުގައި) އަހުރެމެން ވާކަމަށް ކަލޭމެން ހެކިވާށެވެ.
-
65
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تُحَآجُّونَ فِىٓ إِبْرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوْرَىٰةُ وَٱلْإِنجِيلُ إِلَّا مِنۢ بَعْدِهِۦٓ ۚ أَفَلَا تَعْقِلُونَ
YaaʹAhlal Kitaabi lima tuḥaajjoona feee ʹIbraaheema wa-maaa ʹunẓilatit Tawraatu wal-ʹIñjeelu ʹillaa mim baʻdih? Afalaa taʻq̣iloon.
އޭ أهل كتابُ ންނޭވެ! إبراهيم (عليه السّلام) އާއިމެދު ކަލޭމެން جَدَل ކޮށް އަރައިރުންވަނީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނަށް ފަހުގައި މެނުވީ (އެބަހީ، އެކަލޭގެފާނު ދުނިޔޭގައި އުޅުއްވާ އަވަހާރަވުމަށް ފަހުގައިމެނުވީ) توراة އާއި إنجيل ބާވައިލެއްވުނުކަމުގައި ނުވެއެވެ. ކަލޭމެން ފަހެ އެއްވެސް އެއްޗެއް ވިސްނާ فِكر ނުކުރަނީހެއްޔެވެ؟
-
66
هَـٰٓأَنتُمْ هَـٰٓؤُلَآءِ حَـٰجَجْتُمْ فِيمَا لَكُم بِهِۦ عِلْمٌ فَلِمَ تُحَآجُّونَ فِيمَا لَيْسَ لَكُم بِهِۦ عِلْمٌ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
Haaaʹañtum haaaʹulaaaʹi ḥaa-jajtum feemaa lakum̃ bihee ʻilmuñ falima tuḥaajjoona feemaa laysa lakum̃ bihee ʻilm? Wal-laahu yaʻlamu waʹañtum laa- taʻlamoon!
އޭކަލޭމެން މިތިބަމީހުންނޭވެ! ކަލޭމެންނަށް އެކަންކަން އެނގޭ އަދި އޭގެ معلومات އެއްވާކަންކަމުގައި ކަލޭމެން جدل ކޮށްފީމުއެވެ. جدل ކުރަމެވެ. އަދި އެކަމަކު އެކަމެއްގައި ކަލޭމެނަށް އެއްވެސް އެނގުމެއް އަދި معلومات އެއްނެތް ކަމަކާއިމެދު ކަލޭމެން جدل ކޮށް އަރައިރުންވަނީ ކީއްވެގެންހެއްޔެވެ؟ އަދި ﷲ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ.
-
67
مَا كَانَ إِبْرَٰهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَـٰكِن كَانَ حَنِيفًا مُّسْلِمًا وَمَا كَانَ مِنَ ٱلْمُشْرِكِينَ
Maa- kaana ʹIbraaheemu Yahududiyaañw walaa Naṣraaniyyañw Wa laakiñ kaana Ḥaneefam Muslimaa: wa-maa kaana minal Mushrikeen.
إبراهيم (عليه السّلام) يهودي އަކުކަމުގައި ނުވެއެވެ. އަދި نصرانى އަކުކަމުގައިވެސް އެކަލޭގެފާނު ނުވެއެވެ. އަދި އެހެނެއްކަމަކު އެކަލޭގެފާނުވެވަޑައިގެންނެވީ توحيد އަށް ސީދާ شرك އާއި ދުރުވެގެންވާ مسلم އަކުކަމުގައެވެ. އަދި مشرك ންގެތެރެއިން އެކަލޭގެފާނުވެވަޑައިނުގަންނަވައެވެ.
-
68
إِنَّ أَوْلَى ٱلنَّاسِ بِإِبْرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَـٰذَا ٱلنَّبِىُّ وَٱلَّذِينَ ءَامَنُوا۟ ۗ وَٱللَّهُ وَلِىُّ ٱلْمُؤْمِنِينَ
ʹInna ʹawlan naasi biʹIb lallaẓeenat tabaʻoohu wa-haaẓan Nabiyyu wallaẓeena ʹaamanoo: wallaahu Waliyyul Muʹmineen.
ހަމަކަށަވަރުން إبراهيم عليه السّلام އާއި އެންމެ އައުލާ މީހުންނަކީ - އެކަލޭގެފާނާއި އެންމެ ގާތް މީހުންނަކީ ހަމަކަށަވަރުން އެކަލޭގެފާނާއި تبع ވީ މީހުންނެވެ. ދެން މިމާތް نَبِى އާ محمّد ﷺ އެވެ. އަދި އެކަލޭގެފާނަށް - އެބަހީ محمّد ގެފާނަށް އީމާންވީމީހުންނެވެ. އަދި ﷲ އެއީ مؤمن ންގެ ސަހަރޯވެރިޔާއެވެ.
-
69
وَدَّت طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَـٰبِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ
Waddaṭ ṭaaaʹifatum min ʹAhlil Kitaabi law yuḍilloonakum. Wa-maa yuḍilloona ʹillaaa ʹañfusahum wa-maa yashʻuroon.
އަދި أهل كتاب ންގެ އެއް جماعة އެއްގެބަޔަކު ކަލޭމެން مؤمن ން މަގުފުރެދުމަށް ލޯބިކުރިއެވެ. (އެމީހުން މަގުފުރެދޭނެނަމަ ކިހާރަނގަޅުވާނެތާއޭ ހިތަށްއަރައެވެ. އެކަމަށް ލޯބިކުރެއެވެ.) އަދި އެހެނެއްކަމަކު އެމީހުންގެ އަމިއްލަ نفس މެނުވީ އެމީހުން މަގުނުފުރައްދައެވެ. އެގޮތް އެމީހުންނަށް إحساس ވެސް ނުވެއެވެ.
-
70
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَأَنتُمْ تَشْهَدُونَ
YaaaʹAhlal Kitaabi lima takfuroona biʹAayaatil laahi waʹantum tashhadoon.
އޭ أهل كتاب ންނޭވެ! (يهودي ންނާއި نصارى އިންނެވެ.) ކަލޭމެން ރަނގަޅަށް އެނގޭ حال އަދި ހެކިވާ حال ކަލޭމެން ﷲ ގެ އާޔަތްތަކަށް ކާފަރުވަނީ ކީއްވެގެންހެއްޔެވެ؟
-
71
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَلْبِسُونَ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُونَ ٱلْحَقَّ وَأَنتُمْ تَعْلَمُونَ
YaaaʹAhlal Kitaabi lima talbisoonal ḥaq̣q̣a bilbaaṭili wa-taktumoonal ḥaq̣q̣a waʹañtum taʻlamoon?
އޭ أهل كتاب ންނޭވެ! ކަލޭމެން حقّ باطل އަށް އޮޅުވާ އަދި حقّ ވަންހަނާކުރަނީ ކީއްވެގެންހެއްޔެވެ؟ (އަދި حقّ އެއީ ހަމަ حقّ ކަން އެނގޭ حال ކަލޭމެން އެހެން ހަދަނީ ކީއްވެގެންހެއްޔެވެ؟
-
72
وَقَالَت طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَـٰبِ ءَامِنُوا۟ بِٱلَّذِىٓ أُنزِلَ عَلَى ٱلَّذِينَ ءَامَنُوا۟ وَجْهَ ٱلنَّهَارِ وَٱكْفُرُوٓا۟ ءَاخِرَهُۥ لَعَلَّهُمْ يَرْجِعُونَ
Wa-q̣aalaṭ ṭaaaʹifatum min ʹAhlil Kitaabi ʹaaminoo billaẓeee ʹaamanoo ʻalal laẓeena ʹaamanoo waj-han nahaari wak-furooo ʹaakhirahoo laʻallahum yarjiʻoon;
އަދި أهل كتاب ންގެ އެއް جماعة އެއްގެމީހުން (އޭގެ އަނެއްބަޔަކަށް) ބުންޏެވެ. (محمّد ﷺ) އަށް އީމާންވީ މީހުންގެމައްޗަށް ބާވައިލެއްވުނު ތަކެއްޗަށް (ކީރިތި قرآن އަށާއި ދެންވެސް وحي އަށް) ދުވާލުގެ ކުރީކޮޅުގައި ކަލޭމެން އީމާންވާށެވެ! އަދި ދުވާލުގެ ފަހުކޮޅު އެތަކެއްޗަށް ކާފަރުވާށެވެ. އެއީ އެމީހުން އެމީހުންގެ دين ން އެނބުރި رجوع ވޭތޯއެވެ.
-
73
وَلَا تُؤْمِنُوٓا۟ إِلَّا لِمَن تَبِعَ دِينَكُمْ قُلْ إِنَّ ٱلْهُدَىٰ هُدَى ٱللَّهِ أَن يُؤْتَىٰٓ أَحَدٌ مِّثْلَ مَآ أُوتِيتُمْ أَوْ يُحَآجُّوكُمْ عِندَ رَبِّكُمْ ۗ قُلْ إِنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ
Wa-laa tuʹminooo ʹillaa limañ tabiʻa Deenakum. Q̣ul ʹinnal hudaa hudal laahi ʹañy yuʹtaaa ʹaḥadum mis̤la maaa ʹooteetum ʹaw yuḥaaaj ʻiñda Rabbikum. Q̣ul ʹinnal faḍla biyadil lah: yuʹteehi mañy yashaaaʹ: wal-laahu Waasiʻun ʻAleem.
(އަދި އޭގެ އެއްބަޔަކު އޭގެ އަނެއްބަޔަށް ބުނެއެވެ.) ކަލޭމެންގެ دين އަށް تبع ވީ މީހަކަށް މެނުވީ ކަލޭމެން އީމާންނުވާށެވެ! (އޭ رَسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށޭވެ! ހަމަކަށަވަރުން ތެދުމަގަކީ ﷲ ގެ ތެދުމަގެވެ. • ދަންނައެވެ! އާޔަތުގައިވާ قُلْ إِنَّ الْهُدَىٰ هُدَى اللَّهِ - އެބަހީ ހަމަކަށަވަރުން ތެދުމަގަކީ ﷲ ގެމަގެވެ. މި جملة އަކީ أهل كتاب ންގެ ވާހަކަ މެދުކަނޑުއްވާލައްވާފައިވާ جملة އެކެވެ. ވީމާ އާޔަތުގެ މާނަ ކިޔާއިރު އެއާޔަތުގެ އެތަންކޮޅު ފަހުން ކިޔާގޮތަށް ބާއްވާފައިވާ އެ جملة ގެ ކުރީ ބަޔާއި ފަހުބަޔާއި ގުޅައިގެން ކިޔާއިރު ބައެއްމީހުންނަށް މާނަ ވިސްނައިގަންނަން ފަސޭހަވެދާނެއެވެ. والله أعلم. ދެން އޭރުން މާނަ ކިޔޭނީ "ކަލޭމެންގެ دين އާއި تبع ވީ މީހަކާއި ނޫނީ ކަލޭމެން تبع ނުވާށެވެ. އަދި ކަލޭމެނަށް ދެވިފައިވާފަދަ އެއްޗެއް އެހެންމީހަކަށް ދެވުނަސް ކަލޭމެން އީމާންނުވާށެވެ. އަދި ކަލޭމެންގެ رَبّ ގެ حضرة ގައި އެމީހުން ކަލޭމެންގެމައްޗަށް حجّة قائم ކުރުމަށް ކަލޭމެން އީމާންނުވާށެވެ." މިއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން فضل ވަންތަކަންވަނީ ހަމަ ﷲ ގެ އަތްޕުޅުގައެވެ. އެކަލާނގެ فضل ވަންތަކަން (އެބަހީ نبي ކަމާއި رَسول ކަން) އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދެއްވައެވެ. އަދި ﷲ އީ فضل ވަންތަކަން ތަނަވަސްވެވޮޑިގެންވާ ކަލާނގެއެވެ. އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
74
يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۗ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
Yakhtaṣṣu biraḥmatihee mañy yashaaaʹ. Wal-laahu Ẓul faḍlil ʻAz̤̣eem.
އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު އެކަލާނގެ رحمة އަށް އެކަލާނގެ خاصّ ކުރައްވައެވެ. އަދި ﷲ އީ ބޮޑުވެގެންވާ فضل ވަންތަކަމުގެވެރި ކަލާނގެއެވެ.
-
75
۞ وَمِنْ أَهْلِ ٱلْكِتَـٰبِ مَنْ إِن تَأْمَنْهُ بِقِنطَارٍ يُؤَدِّهِۦٓ إِلَيْكَ وَمِنْهُم مَّنْ إِن تَأْمَنْهُ بِدِينَارٍ لَّا يُؤَدِّهِۦٓ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَآئِمًا ۗ ذَٰلِكَ بِأَنَّهُمْ قَالُوا۟ لَيْسَ عَلَيْنَا فِى ٱلْأُمِّيِّـۧنَ سَبِيلٌ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ
Wa-min ʹAhlil Kitaabi man ʹiñ taʹmanhu biq̣iñṭaariñy yuʹaddiheee ʹilayk. Wa-minhum man ʹiñ taʹmanhu bideenaril laa yuʹaddiheee ʹilayka illaa maa- dumta ʻalayhi q̣aaaʹimaa. Ẓaalika biʹannahum q̣aaloo laysa ʻalaynaa fil ʹummiyyeena sabeel. Wa-yaq̣ooloona ʻalal laahil Kaẓiba wa-hum yaʻlamoon.
(އޭ رسول ﷲ އެވެ!) قِنْطَار އެއްހާ ގިނަމުދާ އަމާނާތުގެގޮތުން ކަލޭގެފާނު އެމީހެއްގެ އަތުގައި ބެހެއްޓެވިނަމަވެސް އެމުދާ ކަލޭގެފާނަށް އަދާކޮށްދޭފަދަ (އަމާނާތްތެރި) މީހުންވެސް أهل كتاب ންގެ ތެރޭގައިވެއެވެ. އަދި އެންމެ ދީނާރެއްގެ މިންވަރުގެ (މަދު) އެތިކޮޅެއް އަމާނާތުގެ ގޮތުން ކަލޭގެފާނު އެމީހެއްގެ އަތުގައި ބެހެއްޓެވިނަމަވެސް ކަލޭގެފާނު އެއެތިކޮޅު އަދާކޮށްދެއްވުން އެދި އެކަމަށް އެމީހާގެ ފަހަތުގައި قائم ވެހުރިއްޔާމެނުވީ އެމީހާ އެއެތިކޮޅު ކަލޭގެފާނަށް އަދާނުކޮށްދޭނޭ މީހުންވެސް އެމީހުންގެތެރޭގައިވެއެވެ. އެމީހުން އެގޮތަށް ކަންތައްކުރަނީ އެމީހުން ހަމަކަށަވަރުން ބުނާކަމުގެ ސަބަބުންނެވެ. (އެމީހުން ބުނެއެވެ.) أمّى ންނާއިމެދު (އެބަހީ عربى ންނާއިމެދު) އަހުރެމެންގެމައްޗަށް އެއްވެސްކަމެއް واجب ވެގެން ނުވެއެވެ. އެމީހުންނާމެދު އަހުރެމެންގެމައްޗަށް އެއްވެސް ކުށެއްނުވެއެވެ. އަދި އެމީހުން ރަނގަޅަށް ދެނެތިބި حال އެމީހުން ﷲ ގެމައްޗަށް ބޮޑުދޮގު ބަސްތައް ބުނަނީއެވެ. ދޮގުހަދަނީއެވެ.
-
76
بَلَىٰ مَنْ أَوْفَىٰ بِعَهْدِهِۦ وَٱتَّقَىٰ فَإِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ
Balaa man ʹawfaa biʻahdihee wattaq̣aa faʹinnal laaha yuḥibbul Muttaq̣een.
އެއްގޮތަކަށްވެސް ކަންހުރީ އެމީހުން އެބުނާގޮތަކަށް ނޫނެވެ. އަދި ކިއެއްހެއްޔެވެ! ﷲ އާއި އެމީހަކާއި ދެމެދު ވެވިފައިވާ وعد އަދި ކުރެވިފައިވާ عهد ފުއްދައި تقوى ވެރިވެއްޖެމީހާ ދަންނައެވެ! ފަހެ ހަމަކަށަވަރުން تقوى ވެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. * قِنْطَار އަކީ ހަންދަރެކެވެ. ނުވަތަ ގިނަ ބައިވަރެވެ.
-
77
إِنَّ ٱلَّذِينَ يَشْتَرُونَ بِعَهْدِ ٱللَّهِ وَأَيْمَـٰنِهِمْ ثَمَنًا قَلِيلًا أُو۟لَـٰٓئِكَ لَا خَلَـٰقَ لَهُمْ فِى ٱلْـَٔاخِرَةِ وَلَا يُكَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيْهِمْ يَوْمَ ٱلْقِيَـٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ
ʹInnal laẓeena yashtaroona biʻahdil laahi waʹaymaanihim s̤amanañ q̣aleelan ʹulaaaʹika laa- khalaaq̣a lahum fil ʹAakhirati wa-laa yukalimuhumul laahu wa-laa yañz̤̣ura ʹilayhim Yawmal Q̣iyaamati wa-laa yuzakkeehim: wa-lahum ʻaẓaabun ʹaleem.
ހަމަކަށަވަރުން ﷲ އާއި ތިމާމެންނާއި ދެމެދު ކޮށްފައިވާ وعد އާއި عَهْدُ (ދުންޔަވީ ކުޑަކުޑަ އެއްޗަކަށް) ކުޑައަގަކަށް ވިއްކާމީހުން (ބަދަލުކުރާމީހުން ދަންނައެވެ!) އެމީހުންނަށް آخرة ގައި އެއްވެސް ނަސީބެއްނެތެވެ. އަދި އެމީހުންނާއި ﷲ رحمة ގެ ބަސްފުޅު وحي ނުކުރައްވާނެއެވެ. އަދި قيامة ދުވަހުން އެކަލާނގެ رحمة ގެ ބެއްލެވުން ނުބައްލަވާނެއެވެ. އަދި އެކަލާނގެ އެމީހުން طاهر ނުކުރައްވާނެއެވެ. އަދި އެމީހުންނަށް ހުންނަހުށީ ވޭންދެނިވި عَذَاب އެވެ.
-
78
وَإِنَّ مِنْهُمْ لَفَرِيقًا يَلْوُۥنَ أَلْسِنَتَهُم بِٱلْكِتَـٰبِ لِتَحْسَبُوهُ مِنَ ٱلْكِتَـٰبِ وَمَا هُوَ مِنَ ٱلْكِتَـٰبِ وَيَقُولُونَ هُوَ مِنْ عِندِ ٱللَّهِ وَمَا هُوَ مِنْ عِندِ ٱللَّهِ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ
Waʹinna minhum lafareeq̣añy yalwoona ʹalsinatahum̃ bil-Kitaabi litaḥsaboohu minal Kitaabi wa-maa huwa minal Kitaab. Wa-yaq̣ooloona huwa miñ ʻiñdil laahi wa-maa huwa min ʻiñdil laah: wa-yaq̣ooloona ʻalal laaheel kaẓiba wa-hum yaʻlamoon.
އަދި އެމީހުންގެތެރޭގައި ﷲ ގެ އާޔަތްތައް ކިޔެވުމުގައި ދޫފުރޮޅާ ދޫކަތިކުރާމީހުން ވެއެވެ. (އެއީ ބާވައިލެއްވިގޮތް ނޫން އެހެނިހެން ގޮތްގޮތަށް ކިއުމަށެވެ.) އެއީ އެމީހުންގެ އެވާހަކަތަކަކީވެސް ﷲ ބާވައިލެއްވި ތަންތަންކަމުގައި ކަލޭމެން ހީކުރުމަށްޓަކައެވެ. (އެކަމަކު) އެއީ ﷲ ބާވައިލެއްވި ފޮތުގެ ތަންތަން ކަމުގައި ނުވެއެވެ. އަދި އެމީހުން ބުނަނީއެވެ. މިއީ ﷲ ގެ حضرة ންވާ ބަސްފުޅެވެ. (އެކަމަކު) އެއީ ﷲ ގެ حضرة ންވާ ބަހެއްނޫނެވެ. އަދި އެމީހުންނަށް ހަމަ އެނގިތިބެ އެމީހުން ﷲ އަށް ދޮގުހަދަނީއެވެ.
-
79
مَا كَانَ لِبَشَرٍ أَن يُؤْتِيَهُ ٱللَّهُ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا۟ عِبَادًا لِّى مِن دُونِ ٱللَّهِ وَلَـٰكِن كُونُوا۟ رَبَّـٰنِيِّـۧنَ بِمَا كُنتُمْ تُعَلِّمُونَ ٱلْكِتَـٰبَ وَبِمَا كُنتُمْ تَدْرُسُونَ
Maa- kaana libasharin ʹañy yuʹtiyahul laahul Kitaaba wal-Ḥukma wan-Nubuwwata s̤umma yaq̣oola linnaasi koonoo ʻibaadal lee miñ doonil laahi wa-laakiñ koonoo Rabbaaniyyeena bimaa kuñtum tuʻallimoonal Kitaaba wa-bimaa kuñtum tadrusoon.
އެއްވެސް آدم ގެ ދަރިއަކަށް ﷲ تعالى އެމީހަކަށް ފޮތްދެއްވާ ދީނުގެ حكم ތަކުގެ فقه އާއި އެކަމުގެ ވިސްނުމާއި އަދި نبي ކަން ދެއްވުމަށްފަހު ދެން އެބޭކަލަކު ކަލޭމެން ﷲ ފިޔަވައި އަހުރެންނަށްވާ އަހުރެންގެ އަޅުންކަމުގައި ވާށޭ މިފަދައިން މީސްތަކުންނަށް ބުނުން ހުއްދަވެގެން ނުވެއެވެ. (އެކަކަށްވެސް جائز ވެގެން ނުވެއެވެ. އަދި އެހެނެއްކަމަކު (އެބޭކަލަކު ވިދާޅުވާށެވެ!) ކަލޭމެން رَبَّانى ން ކަމުގައި ވާށެވެ. (އެބަހީ علم އާއި فقه ދަންނަ އަދި تقوى ވެރި އަދި މީސްތަކުންގެ ކަންތައް إصلاح ކުރާ ބަޔަކަށްވާށޭ - މިހެން ވިދާޅުވާށެވެ!) އެއީ ކަލޭމެން މިސްތަކުންނަށް ފޮތް އުގަންނައިދޭ ކަމުގެ ސަބަބުންނާއި އަދި ކަލޭމެން މީސްތަކުންނަށް ކިޔަވައިދޭކަމުގެ ސަބަބުންނެވެ.
-
80
وَلَا يَأْمُرَكُمْ أَن تَتَّخِذُوا۟ ٱلْمَلَـٰٓئِكَةَ وَٱلنَّبِيِّـۧنَ أَرْبَابًا ۗ أَيَأْمُرُكُم بِٱلْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ
Wa-laa yaʹmurakum ʻañ tat-takhiẓul malaaaʹikata wan-nabiyyeena ʹarbaabaa. ʹAyaʹmurukum̃ bilkufri baʻda ʹiẓ ʹañtum Muslimoon?
އަދި އެކަލާނގެ / ނުވަތަ އެ نبي އަކު ملائكة ބޭކަލުންނާއި نبي ބޭކަލުން އެއީ ﷲ ފިޔަވައި رَبّ ންކަމުގައި ކަލޭމެން ހިފާ إختيار ކުރާކަށް أمر ނުކުރައްވާނެއެވެ. ކަލޭމެން مسلم ންކަމުގައި ވުމަށްފަހު ކާފަރުވުމަށް އެކަލާނގެ امر ކުރައްވާނޭހެއްޔެވެ؟ ނުކުރައްވާނެއެވެ.
-
81
وَإِذْ أَخَذَ ٱللَّهُ مِيثَـٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيْتُكُم مِّن كِتَـٰبٍ وَحِكْمَةٍ ثُمَّ جَآءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِۦ وَلَتَنصُرُنَّهُۥ ۚ قَالَ ءَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِى ۖ قَالُوٓا۟ أَقْرَرْنَا ۚ قَالَ فَٱشْهَدُوا۟ وَأَنَا۠ مَعَكُم مِّنَ ٱلشَّـٰهِدِينَ
Waʹiẓ ʹakhaẓal laahu Mees̤aaq̣an Nabiyyeena lamaaa ʹaataytukum miñ Kitaabiñw wa-Ḥikmatiñ s̤umma jaaaʹakum Rasoolum Muṣaddiq̣ul limaa maʻakum latuʹminunna bihee wala-tañ-ṣuroonah. Q̣aala ʹaʹaq̣rartum waʹakhaẓtum ʹalaa ẓaalikum ʹIṣree? Q̣aalooo ʹaq̣rarnaa. Q̣aala fashhadoo waʹana maʻkum minash Shaahideen.
އަދި ﷲ تعالى نَبي ބޭކަލުންގެ عَهْدُ ކަށަވަރު ހިއްޕެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެ عَهْدُ ކަށަވަރަކީ ކޮންމެ ބޭކަލަކުވެސް އަނެއް ބޭކަލެއްގެ رَسول ކަން ތެދުކުރުމަށެވެ. އަދި ކޮންމެ ބޭކަލަކުވެސް އެބޭކަލެއްގެ قوم އަށް އެކަން އެންގެވުމަށެވެ. އަދި އެބޭކަލުންނަށް އެކަލާނގެ وحي ކުރެއްވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނަށް ތިމަންރަސްކަލާނގެ ފޮތާއި حكمة ދެއްވުމަށްފަހު ތިޔަބޭކަލުންގެ އަތުގައިވާ ތަކެތި ތެދުކުރާ حال رَسول ބޭކަލަކު ވަޑައިގެންނެވި ކޮންމެހިނދެއްގައި ކަނޑައެޅިގެން ތިޔަބޭކަލުން އެބޭކަލަކަށް إيمان ވެވަޑައިގަންނަވާށެވެ! އަދި އެބޭކަލަކަށް نصر ދެއްވައި އެހީވެވަޑައިގަންނަވާށެވެ! - (މި عَهْدُ ކަށަވަރަށްފަހު) އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަބޭކަލުން އެކަމަށް އެއްބަސް ވެވަޑައިގެން قَرار ކުރައްވަމުތޯއެވެ؟ އަދި އެގޮތުގެމައްޗަށް ތިމަންރަސްކަލާނގެ ތިޔަބޭކަލުންގެ ފަރާތުން عَهْدُ ކަށަވަރު ހިއްޕެވީއެވެ. އެބޭކަލުން ދެންނެވިއެވެ. އަޅަމެން އެގޮތުގެ މައްޗަށް إقرار ވެ عَهْدُ ވެއްޖައީމުއެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަބޭކަލުން އެކަމަށް ހެކިވެވަޑައިގަންނަވާށެވެ! އަދި ތިމަންރަސްކަލާނގެވެސް ތިޔަބޭކަލުންނާއެކު ހެކިވެރިންގެތެރެއިން ވެވޮޑި ގަންނަވަމުއެވެ.
-
82
فَمَن تَوَلَّىٰ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ
Famañ tawallaa baʻda ẓaalika faʹulaaaʹika humul faasiq̣oon.
ފަހެ އެއަށްފަހު - އެބަހީ އެ عَهْدُ ކަށަވަރަށްފަހު - ދެން ފުރަގަސްދީ އެނބުރިގެންފި ބަޔަކު ދަންނައެވެ. ކަނޑައެޅިގެން އެމީހުން އެއީ فَاسق ންނެވެ. ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.
-
83
أَفَغَيْرَ دِينِ ٱللَّهِ يَبْغُونَ وَلَهُۥٓ أَسْلَمَ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ
ʹAfag̣ayra Deenil laahi yab-g̣oona wa-lahooo ʹaslama mañ fis samaawaati wal-ʹarḍi ṭawʻañw wa karhañw waʹilayhi yurjaʻoon?
އަޅެފަހެ އެމީހުން (އެބަހީ އެފުރަގަސްދިން މީހުން) އެ އެދެނީ ﷲ ގެ دين ނޫން އެހެން ދީނެއް ހެއްޔެވެ؟ ރުހި قبول ވެގެންވާ حال ގައިވެސް އަދި ނުރުހި ނު قبول ވެގެންވާ حال ގައިވެސް އުޑުތަކާއި ބިމުގައިވާހާ ބަޔަކު ކިޔަމަންވެގެންވަނީ (ކިޔަމަންވާންޖެހިފައިވަނީ) ހަމަ އެކަލާނގެއަށެވެ. ﷲ އަށެވެ. އަދި އެހުރިހާ މީހުން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
-
84
قُلْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيْنَا وَمَآ أُنزِلَ عَلَىٰٓ إِبْرَٰهِيمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ
Q̣ul ʹaamannaa billaahi wa-maa ʹuñzila ʻalaynaa wa-maaa ʹuñẓila ʻalaaa ʹIbraaheema waʹIsmaaʻeela waʹIsḥaaq̣a wa-Yaʻq̣ooba wal-ʹAsbaaṭi wa-maaa ʹootiya Moosaaa waʻEesaa wan-nabiyyoona mir Rabbihim. Laa- nufarriq̣u bayna ʹaḥadim minhum, wa-naḥnu lahoo Muslimoon.
(އޭ رَسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެމެން ﷲ އަށް إيمان ވެއްޖައީމުއެވެ. އަދި އަހުރެމެންގެ މައްޗަށް ބާވައިލެއްވުނުތަކެއްޗަށާއި އަދި إبراهيم އާއި إسماعيل އާއި إسحاق އާއި يعقوب އާއި އަދި أسْبَاط ން (عليهم السّلام) މި އެންމެ ބޭކަލުންގެމައްޗަށް ބާވައިލެއްވުނުތަކެއްޗަށްވެސް އަހުރެމެން إيمان ވެއްޖައީމުއެވެ. އަދި موسى އާއި عيسى (عليهما السّلام) އާއި ދެކަލުންނަށް ދެއްވުނު ތަކެއްޗަށާއި އަދި އެހެނިހެން ނަބީބޭކަލުންނަށް އެބޭކަލުންގެ رَبّ ގެ حضرة ން އެބާވައިލެއްވުނު ހުރިހާ ތަކެއްޗަށް އަހުރެމެން إيمان ވެއްޖައީމުއެވެ. އަދި އެބޭކަލުންގެތެރެއިން އެއްވެސް ބޭކަލެއްގެދެމެދު (رَسول ބޭކަލެއްގެގޮތުން ނުވަތަ نبي ބޭކަލެއްގެގޮތުން) އަހުރެމެން ފަރަގުކޮށް ތަފާތުކޮށް ނުހަދާހުށީމުއެވެ. (ހުރިހާ ބޭކަލުންނަށްވެސް إيمان ވާހުށީމުއެވެ.) އަދި އަހުރެމެން މިވަނީ ހަމަ އެކަލާނގެއަށް ކިޔަމަންވެގެންނެވެ.
-
85
وَمَن يَبْتَغِ غَيْرَ ٱلْإِسْلَـٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ
Wa-mañy yabtag̣i g̣ayral ʹIslaami Deenañ falañy yuq̣bala minh; wa-huwa fil ʹAakhirati minal khaasireen.
އަދި ތިމާގެ دين އެއް ކަމުގައި إسلام دين ނޫން އެހެން دين އެއް އެދިގެންފިމީހާ - އެހެން دين އެއް إختيار ކޮށްފިމީހާ (ދަންނައެވެ!) ފަހެ އޭނާގެ ކިބައިން އެކަން قبول ނުވެވޭހުއްޓެވެ. އަދި آخرة ދުވަހުން އޭނާވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
-
86
كَيْفَ يَهْدِى ٱللَّهُ قَوْمًا كَفَرُوا۟ بَعْدَ إِيمَـٰنِهِمْ وَشَهِدُوٓا۟ أَنَّ ٱلرَّسُولَ حَقٌّ وَجَآءَهُمُ ٱلْبَيِّنَـٰتُ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ
Kayfa yahdil laahu q̣awmañ kafaroo baʻda ʹeemaanihim wa-shahidooo ʹannar Rasoola ḥaq̣q̣uñw wajaaaʹahumul Bayyinaat? Wal-laahu laa- yahdil q̣awmaz̤̣ z̤̣aalimeen.
ތިމާމެން إيمان ވުމަށްފަހު ކާފަރުވެ އަދި رسول އާ އެއީ ހަމަ حقّ ތެދުވެރި رسول އަކުކަމުގައި އެމީހުން ހެކިދިނުމަށްފަހު - އަދި އެއީ ތެދުކަމުގެމައްޗަށް دليل ކުރާ دليل ތަކާއި حجّة ތައް އެމީހުންގެގާތަށް އައުމަށްފަހު ދެން ކާފަރުވެއްޖެ ބަޔަކަށް ﷲ ތެދުމަގުދައްކަވާނީ ކޮންފަދައަކުން ހެއްޔެވެ؟ އަދި އަނިޔާވެރިވެއްޖެބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.
-
87
أُو۟لَـٰٓئِكَ جَزَآؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ ٱللَّهِ وَٱلْمَلَـٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ
ʹUlaaʹika jazaaaʹuhum ʹanna ʻalayhim laʻnatal laahi walmalaaaʹikati wannaasi ʹajmaʻeen;
އަދި އެމީހުންގެ جزاء އެއްކަމުގައި ވަނީ ހަމަކަށަވަރުން އެމީހުންގެމައްޗަށް ﷲ އާއި އެކަލާނގެ މަލާއިކަތްބޭކަލުންނާއި އަދި އެންމެހައި މީސްތަކުން لعنة ލެއްވުމެވެ.
-
88
خَـٰلِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ
Khaalideena feehaa; laa- yukhaffafu ʻanhumul ʻaẓaabu wa-laa hum yuñz̤̣aroon;
އެ لعنة ގައި (عذاب ގައި) އެމީހުން ދެމިތިބުމެވެ. އެމީހުންނަށް عذاب ލުއިނުވެވޭހުއްޓެވެ. އަދި މުހުލަތު ދެވޭނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
-
89
إِلَّا ٱلَّذِينَ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ʹIllal laẓeena taaboo mim baʻdi ẓaalika wa-ʹaṣlaḥoo; faʹinnal laaha G̣afoorur Raḥeem.
(އެކަމަކު) އެކަންކަމަށްފަހުވެސް އެމީހުން توبة ވެ صالح عمل ކޮށްފިބަޔަކު މެނުވީއެވެ. (ފަހެ އެފަދައިން ކަންތައްކޮށްފިބަޔަކަށް ﷲ توبة ލައްވާ ފާފަފުއްސެވުން أمّيد ކުރެވެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
90
إِنَّ ٱلَّذِينَ كَفَرُوا۟ بَعْدَ إِيمَـٰنِهِمْ ثُمَّ ٱزْدَادُوا۟ كُفْرًا لَّن تُقْبَلَ تَوْبَتُهُمْ وَأُو۟لَـٰٓئِكَ هُمُ ٱلضَّآلُّونَ
ʹInnal laẓeena kafaroo baʻda ʹeemaanihim s̤ummaz daadoo kufral lañ tuq̣bala tawbatuhum; wa-ʹulaaaʹika humuḍ ḍaaalloon.
ހަމަކަށަވަރުން އެބަޔަކު އީމާންވުމަށްފަހު ކާފަރުވެ ދެން އަދި އެކާފަރުކަމުގެމައްޗަށް ކާފަރުކަން އިތުރުކުރިބަޔަކު ދަންނައެވެ! އެބަހީ އެކާފަރުކަމާއި އެކު އެހެނިހެން ފާފަތައް ގިނަކުރިމީހުން އެމީހުންގެ توبة قبول ނުވެވޭހުއްޓެވެ. (އެބަހީ ކާފަރުކަމަށްފަހު ކާފަރުކަންމަތީތިބެ އެކުރި ފާފަ ކުރީގެ އެކާފަރުކަން ދޫނުކުރަނީސް އެމީހުންގެ އެފާފަތަކުގެ توبة قبول ނުކުރައްވާނެއެވެ. އެމީހުން އެއީ ކަނޑައެޅިގެން މަގުފުރެދި ވާވަދެގެންވާ މީހުންނެވެ.
-
91
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ ٱلْأَرْضِ ذَهَبًا وَلَوِ ٱفْتَدَىٰ بِهِۦٓ ۗ أُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّـٰصِرِينَ
ʹInnal laẓeena kafaroo wa-maatoo wa-hum kuffaaruñ falañy yuq̣bala min ʹaḥadihim milʹul ʹarḍi ẓahabañw walawif tadaa bih. ʹUlaaaʹika lahum ʻaẓaabun ʹaleemuñw Wamaa lahum min naaṣireen.
ހަމަކަށަވަރުން ކާފަރު ވެއްޖެ މީސްތަކުން އަދި އެމީހުންގެ އެކާފަރުކަންމަތީ މަރުވެދިޔަ މީސްތަކުން (ދަންނައެވެ!) ފަހެ އެމީހުންކުރެ އެކެއްގެ ކިބައިންވެސް ބިންފުރޭހާރަން (އެމީހުން ޢަޒާބުން ސަލާމަތް ވުމަށް) ފިދުޔައެއްގެ ގޮތުން ދިންނަމަވެސް ޤަބޫލު ނުވެވޭނެއެވެ. އެމީހުންނަށް ހުރީ ހަމަ ވޭންދެނިވި ޢަޒާބެވެ. އަދި އެމީހުންނަށް އެއްވެސް نَصر ވެރިއަކު ނުވެއެވެ. (މިއީ محمد ގެ ފާނަށް ފަހު އެކަލޭގެފާނަށް تبع ނުވި ކޮންމެ މީހަކައްއޮތް ބަސްފުޅެކެވެ.)
-
92
لَن تَنَالُوا۟ ٱلْبِرَّ حَتَّىٰ تُنفِقُوا۟ مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا۟ مِن شَىْءٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
Lañ tanaalul birra ḥattaa tuñfiq̣oo mimmaa tuḥibboon. Wa-maa tuñfiq̣oo miñ shayʹiñ faʹinnal laaha bihee ʻAleem.
އޭ مؤمن ންނޭވެ! ކަލޭމެން ލޯބިކުރާތަކެތީން ކަލޭމެން (صدقة ގެގޮތުން ނުވަތަ ﷲ ގެމަގުގައި) ހޭދަކޮށްފުމަށްދާންދެން ކަލޭމެނަށް ހެވެއް ނުލިބޭނެއެވެ. (ސަވާބެއް ނުލިބޭނެއެވެ.) އަދި ކަލޭމެން އެ ހޭދަކުރި ކޮންމެއެއްޗެއް ﷲ ދެނެވޮޑިގެންވެއެވެ.
-
93
۞ كُلُّ ٱلطَّعَامِ كَانَ حِلًّا لِّبَنِىٓ إِسْرَٰٓءِيلَ إِلَّا مَا حَرَّمَ إِسْرَٰٓءِيلُ عَلَىٰ نَفْسِهِۦ مِن قَبْلِ أَن تُنَزَّلَ ٱلتَّوْرَىٰةُ ۗ قُلْ فَأْتُوا۟ بِٱلتَّوْرَىٰةِ فَٱتْلُوهَآ إِن كُنتُمْ صَـٰدِقِينَ
Kulluṭ ṭaʻaami kaana ḥillal li-Baneee ʹIsraaaʹeela ʹillaa maa- ḥarrama ʹIsraaaʹeelu ʻalaa nafsihee miñ q̣abli ʹañ tunazzalat Tawraah. Q̣ul faʹtoo bit-Tawraati fatloohaaa ʹiñ kuñtum ṣaadiq̣een.
تَوْرَاة ބާވައިލެއްވުމުގެކުރިން إسرائيل (يعني يعقوب عليه السّلام) އެކަލޭގެފާނު އަމިއްލަ نفس ފުޅަށް حرام ކުރެއްވި އެއްޗެއްމެނުވީ އެހެން ހުރިހާ ކާނާއެއް بني إسرائيل ގެމައްޗަށް حلال ވެގެންވެއެވެ. (އެކަލޭގެފާނު حرام ކުރެއްވި އެއްޗެއްކަމުގައިވަނީ جَمَلُ މަހާއި އޭގެ ކިރެވެ. އެއީ އެކަލޭގެފާނު ބައްލަވައިގެންނެވި نَذْر ފުޅެއްގެ ސަބަބުންކަމުގައި تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. والله أعلم) ފަހެ ކަލޭމެން بني إسرائيل ން ނިކަން توراة ގެނަސް ކިޔައިބަލާށެވެ. ކަލޭމެންނީ ތެދުވެރިންކަމުގައި ވަންޏާއެވެ. (ﷲ ގެމައްޗަށް ދޮގުތައް ނުހަދާށެވެ. توراة ބާވައިލެއްވުމުގެކުރިން بني إسرائيل ންމައްޗަށް ކާނާގެ އެއްޗެއް ﷲ حرام ނުކުރައްވައެވެ.)
-
94
فَمَنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ مِنۢ بَعْدِ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ
Famanif taraa ʻalal laahil kaẓiba mim baʻdi ẓaalika faʹulaaaʹika humuz̤̣ z̤̣aalimoon.
އަދި އެއަށްފަހު އެބަހީ توراة ގެނަސް ކަލޭމެން އެކިޔެވުމަށްފަހު ދެން ﷲ ގެމައްޗަށް ދޮގެއް އުފައްދައިގެންފިބަޔަކު ދަންނައެވެ. ފަހެ އެމީހުންނީ ކަނޑައެޅިގެން އަނިޔާވެރިންނެވެ.
-
95
قُلْ صَدَقَ ٱللَّهُ ۗ فَٱتَّبِعُوا۟ مِلَّةَ إِبْرَٰهِيمَ حَنِيفًا وَمَا كَانَ مِنَ ٱلْمُشْرِكِينَ
Q̣ul ṣadaq̣al laah: fattabiʻoo Millata ʹIbraaheema ḥaneefaa; wa-maa kaana minal mushrikeen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ބާވައިލެއްވީ ހަމަ حقّ ތެދުވާހަކައެވެ. (إسرائيل ގެ މައްޗަކަށްވެސް އަދި އެކަލޭގެފާނުންގެ ދަރިންގެމައްޗަކަށްވެސް ކަލޭމެން ތިޔަބުނާ ތަކެތި ﷲ حرام ނުކުރައްވައެވެ.) ފަހެ ކަލޭމެން إبراهيم عليه السّلام ގެ ملّة އާއި تبع ވާށެވެ. شرك އާއި ދުރުވެ توحيد އަށް ސީދާވެގެންވާ حال ގައެވެ. އަދި އެކަލޭގެފާނު مشرك ންގެތެރެއިން ނުވެއެވެ.
-
96
إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًا وَهُدًى لِّلْعَـٰلَمِينَ
ʹInna ʹAwwala Baytiñw wuḍiʻa linnaasi lallaḍee bi-Bakkata mubaarakañw wahudal lil-ʻaalameen:
ހަމަކަށަވަރުން (އަޅުކަންކުރުމުގެގޮތުން) މީސްތަކުންނަށްޓަކައި އެންމެ ފުރަތަމަ ބެހެއްޓުނު ގެއަކީ ކަނޑައެޅިގެން بَكّة އެވެ ކިޔުނު ތާނގައިވާ ގެފުޅެވެ. (أبو جعفر الطّبرى އެކަލޭގެފާނުންގެ مشهور تفسير ގައި ލިއުއްވާފައިވަނީ بَكّة އަކީ مَسْجِدُالحَرَام - އެމިސްކިތުގެ އެތެރެކަމުގައެވެ. مَسْجِدُالحَرَام މިސްކިތުން ބޭރުވީމާ ދެން ކިޔާނީ مَكّة އެވެ. بَكّة ގެ لفظ ގެ މާނައީ الزّحْمُ އެވެ. އެއީ ގައިގޯޅިވެ ބޮނޑިވުމެވެ. އެގޮތުން ބެލީމާ އެއީ ގެފުޅު ވަށައިގެން مَسْجِدُالحَرَام ގެ ބޭރުގައިވާ طَوَاف ކުރާތަނެވެ. މީސްތަކުން ބޮނޑިވެ ގައިގޯޅިވާތަނެވެ. والله أعلم) އެގެފުޅަކީ بركات ތެރި އަދި އެންމެހައި عَالَم ތަކަށްވާ ތެދުމަގެއްގެގޮތުން ބެހެއްޓިފައިވާ ތަނެވެ.
-
97
فِيهِ ءَايَـٰتٌۢ بَيِّنَـٰتٌ مَّقَامُ إِبْرَٰهِيمَ ۖ وَمَن دَخَلَهُۥ كَانَ ءَامِنًا ۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَـٰلَمِينَ
Feehi ʹAayaatum Bayyinaatum Maq̣aamu ʹIbraaheema; wa-mañ dakhalahoo kaana ʹaaminaa. Wa-lillaahi ʻalan naasi Ḥijjul Bayti manis taṭaaʻa ʹilayhi sabeelaa. Wa-mañ kafara faʹinnal laaha G̣aniyyun ʻanil ʻaalameen.
އެތާނގައި (ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ) ކަނޑައެޅިގެންވާ دليل ތައްވެއެވެ. إبراهيم عليه السّلام ގެ مقام ވަނީ އެ دليل ތަކުގެ ތެރެއިންނެވެ. އަދި އެތަނަށް ވަދެއްޖެމީހާއީ ހުރިހާ ނުރައްކަލަކުން އަމާންވެގެންވާ މީހަކުކަމުގައިވިއެވެ. (ނަމަވެސް އެއީ ﷲ ގެ حَدّ ތަކުގެތެރެއިން حدّ އެއްގައި ބެދިގެން އެއިން ފިލަން އައި މީހަކުކަމުގައިވެގެން ނުވާނެއެވެ.) އަދި ﷲ تعالى ގެ ރަސްކަންފުޅަށްޓަކައި ގެފުޅަށްގޮސް حجّ ވުން (حجّ ކުރުން) މީސްތަކުންގެމައްޗަށް ކަނޑައެޅި فرض ވެގެންވެއެވެ. އެކަމަށް މަގު ކުޅަދާނަވެގެންވާ މީހާގެ މައްޗަށެވެ. އަދި (ﷲ فرض ކުރެއްވި ކަންތައްތަކަށް) ކާފަރުވެއްޖެމީހާ ދަންނައެވެ. އެކަމަކުން ﷲ އަށް އެއްވެސް ގެއްލުމެއް ނާންނާނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އެންމެހައި عَالَم ތައް ފިޔަވައި އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ.
-
98
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَٱللَّهُ شَهِيدٌ عَلَىٰ مَا تَعْمَلُونَ
Q̣ul yaaaʹAhlal Kitaabi lima takfuroona biʹAayaatil laahi wallaahu Shaheedun ʻalaa maa- taʻmaloon?
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ أهل كتاب ންނޭވެ! ކަލޭމެން ރަނގަޅަށް ދެނެތިބި حال އަދި އެއީ حقّ ތެދުކަމުގައި ހެކިވެގެންވާ حال ﷲ ގެ އާޔަތްތަކަށް ކަލޭމެން ކާފަރުވަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންކުރާ ކަންތަކަށް ﷲ ހެކިވެވޮޑިގަންނަވައެވެ.
-
99
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ تَبْغُونَهَا عِوَجًا وَأَنتُمْ شُهَدَآءُ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ
Q̣ul yaaaʹAhlal Kitaabi lima taṣuddoona ʻañ Sabeelil laahi man ʹaamana tab-g̣oo-nahaa ʻiwajañw waʹañtum shuhadaaaʹ? Wa-mal laahu big̣aafilin ʻammaa taʻmaloon.
އޭ أهل كتاب ންނޭވެ! އީމާންވީ މީސްތަކުންނަށް ކަލޭމެން ﷲ ގެ މަގު ބަންދުކޮށް އޮޅުވާ ހަދަނީ ކީއްވެގެންހެއްޔެވެ؟ އަދި އެމަގަކީ ހަމަ حقّ ތެދުމަގުކަމުގައި ކަލޭމެން ހެކިވެގެންވާ حال އެމަގު ގުދުކޮށް އޮޅުވައި މީހުން މަގުފުރައްދަން އުޅެނީ ކީއްވެގެންހެއްޔެވެ؟ އަދި ކަލޭމެން ކުރާ ކަންތަކަށް ﷲ غافل ވެ ވޮޑިގެން ނުވެއެވެ.
-
100
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ فَرِيقًا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ يَرُدُّوكُم بَعْدَ إِيمَـٰنِكُمْ كَـٰفِرِينَ
Yaaaʹayyuhal laẓeena ʹaamanooo ʹiñ tuṭeeʻoo fareeq̣am minal laẓeena ʹootul Kitaaba yaruddookum̃ baʻda ʹeemaanikum kaafireen.
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! يهودي ންނާއި نصارى އިންކުރެ (اهل كتاب ންކުރެ) އެއްވެސް ބަޔަކަށް (ބައިގަނޑަކަށް) ކަލޭމެން ކިޔަމަންވެއްޖެއްޔާ ކަލޭމެން އީމާންކަމަށްފަހު ކާފަރުކަމުގެ ތެރެއަށް އެމީހުން ކަލޭމެން ގެންދާނެއެވެ.
-
101
وَكَيْفَ تَكْفُرُونَ وَأَنتُمْ تُتْلَىٰ عَلَيْكُمْ ءَايَـٰتُ ٱللَّهِ وَفِيكُمْ رَسُولُهُۥ ۗ وَمَن يَعْتَصِم بِٱللَّهِ فَقَدْ هُدِىَ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Wa-kayfa takfuroona wa-ʹañtum tutlaa ʻalaykum ʹAayaatul laahi wa-feekum Rasooluh? Wa-mañy yaʻtaṣim̃ bil-laahi faq̣ad hudiya ʹilaa Ṣiraaṭim Mustaq̣eem.
އަދި ކަލޭމެން ކާފަރުވުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ ކަލޭމެންގެމައްޗަށް ﷲ ގެ އާޔަތްތައް ކިޔެވެނީއެވެ. އަދި ކަލޭމެންގެމެދުގައި އެކަލާނގެ رسول ތިޔަހުންނެވީއެވެ. (މިހެން މިކަންކަންހުރިއިރު ކަލޭމެން ކާފަރުވުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ أهل كتاب ންގެ ބަސްއަހައި އެމީހުންނަށް ކިޔަމަންވާންވީ ކީއްވެގެންހެއްޔެވެ؟) އަދި ﷲ ގެ حضرة ން ރައްކާތެރިކަން ލިބިގެންފިމީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހާއަށް ސީދާވެގެންވާ ތެދުމަގުން މަގުލިބިއްޖެއެވެ.
-
102
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
Yaaaʹayyuhal laẓeena ʹaamanut taq̣ul laaha ḥaq̣q̣a tuq̣aatihee wa-laa tamootunna ʹillaa wa-ʹañtum Muslimoon.
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެއީ އެކަލާނގެއަށް تقوى ވެރިވުން حقّ ވާވަރަށެވެ. އަދި مسلم ންކަމުގައި / ނުވަތަ ﷲ އަށް ކިޔަމަންތެރިވެގެންވާ حال ގައިމެނުވީ ކަލޭމެން މަރުނުވާހުށިކަމެވެ.
-
103
وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَهْتَدُونَ
Waʻtaṣimoo bi-Ḥablil laahi jameeʻañw walaa tafarraq̣oo. Waẓkuroo niʻmatal laahi ʻalaykum ʹiẓ kuñtum ʹaʻdaaaʹañ faʹallafa bayna q̣uloobikum faʹaṣbaḥtum̃ biniʻmatiheee ʹikhwaanaa; wa-kuñtum ʻalaa shafaa ḥufratim minan naari faʹañq̣aẓakum minhaa. Kaẓaalika yubayyinul laahu lakum ʹAayaatihee laʻallakum tahtadoon.
އަދި ކަލޭމެން ﷲ ގެ ވާފަށުގައި އެކީއެކަށް އެންމެން ހިފާށެވެ! އެކަލާނގެ دين ގައި ހިފާށެވެ! އަދި ކަލޭމެން ވަކިވަކިވެ ނުގަންނާށެވެ! އަދި ކަލޭމެންގެމައްޗަށް ﷲ ގެ نعمة ކަލޭމެން ހަނދާންކުރާށެވެ! އެއީ ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް عداوة ތެރިންކަމުގައި ވެފައިވަނިކޮށް ދެން އެކަލާނގެ ކަލޭމެންގެ ހިތްތައް އެކުވެރިކުރެއްވިއެވެ. އަދި އެކަލާނގެ ދެއްވި (إسلام دين ގެ) نعمة ގެ ސަބަބުން ކަލޭމެން (އެއްބަނޑުއެއްބަފާ) أخ ންތަކެއްކަމުގައިވެއްޖެއެވެ. އަދި ކަލޭމެން (إسلام دين އައުމުގެކުރިން) ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތުގައި ވަނިކޮށް އެކަލާނގެ ކަލޭމެން އެތަނުން ސަލާމަތްކުރެއްވިއެވެ. އެކަލާނގެ އާޔަތްތައް ކަލޭމެނަށް އެކަލާނގެ ބަޔާންކޮށްދެއްވަނީ އެފަދައިންނެވެ. އެއީ ކަލޭމެންނަށް ތެދުމަގު ލިބުމުގެ أمّيد ގައެވެ.
-
104
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ
Waltakum miñkum ʹUmmatuñy yadʻoona ʹilal khayri wa-yaʹmuroona bil-maʻroofi wa-yan-hawna ʻanil muñkar: wa-ʹulaaaʹika humul mufliḥoon.
އަދި ކަލޭމެންގެތެރޭގައި ހެޔޮކަންތަކަށް ގޮވާބަޔަކުވާހުށިކަމެވެ! އަދި އެމީހުން ހެޔޮކަންތަކަށް أمر ކޮށް مُنْكَرَاة ނަހީކޮށް މަނާކުރާ ބަޔަކުކަމުގައިވާށެވެ! އެފަދަ މީހުން އެއީ ކަނޑައެޅިގެން كامياب ވާނޭ މީހުންނެވެ.
-
105
وَلَا تَكُونُوا۟ كَٱلَّذِينَ تَفَرَّقُوا۟ وَٱخْتَلَفُوا۟ مِنۢ بَعْدِ مَا جَآءَهُمُ ٱلْبَيِّنَـٰتُ ۚ وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ عَظِيمٌ
Wa-laa takoonoo kallaẓeena tafarraq̣oo wakhtalafoo mim baʻdi maa- jaaaʹahumul Bayyinaat: wa-ʹulaaʹika lahum ʻa-Z̤̣aabun ʻaz̤̣eem.
އަދި އެމީހުންގެގާތަށް ބަޔާންވެގެންވާ دليل އާއި حجّة އައުމަށްފަހު ބައިބައިވެ ދެބަސްވެ إختلاف ވީމީހުން ފަދައިން ކަލޭމެން ނުވާށެވެ! އަދި އެމީހުންނަށް ކަނޑައެޅިގެންހުރީ ބޮޑުވެގެންވާ عذاب އެވެ.
-
106
يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا ٱلَّذِينَ ٱسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَـٰنِكُمْ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
Yawma tabyaḍḍu wujoohuñw wataswaddu wujooh: faʹammal laẓeenas waddat wujoohum: ʹakafartum̃ baʻda ʹeemaanikum faẓooq̣ul ʻaẓaaba bimaa kuñtum takfuroon?
އެއީ އެއްބައެއްގެ މޫނުތައް އަލިވެ އުޖާލާވެ އަދި އަނެއްބައެއްގެ މޫނުތައް ކަޅުވެ އަނދިރިވާ ދުވަހުންނެވެ. ފަހެ އެބައެއްގެ މޫނުތައް ކަޅުވެ އަނދިރިވާ މީހުންނަށް ބުނެވޭނެއެވެ. ކަލޭމެންގެ އީމާންކަމަށްފަހު ކަލޭމެން ކާފަރުވީހެއްޔެވެ؟ (ކާފަރުވީއެވެ.) ފަހެ އެހެންވެ ކަލޭމެން ކާފަރުވީކަމުގެ ސަބަބުން ކަލޭމެން عذاب ގެރަހަ ލިބިގަންނާށެވެ!
-
107
وَأَمَّا ٱلَّذِينَ ٱبْيَضَّتْ وُجُوهُهُمْ فَفِى رَحْمَةِ ٱللَّهِ هُمْ فِيهَا خَـٰلِدُونَ
Wa-ʹammal laẓeenab biyaḍḍat wujoohuhum fafee raḥmatil laah: hum feehaa khaalidoon.
އަދި އެމީހުންގެ މޫނުތައް އަލިވެ އުޖާލާވީމީހުން ދަންނައެވެ. ފަހެ އެމީހުން ވަނީ ﷲ ގެ رحمة ގައެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ. • ދަންނައެވެ! قيامة ދުވަހުން މޫނުއަލިވެ އުޖާލާވެގެންވާނީ ހެޔޮލަފާ މީހުންނެވެ. އަދި މޫނު ކަޅުވެ ނާމާންވެގެންވާނީ ނުބައި ނުލަފާ މީހުންނެވެ. (والله أعلم)
-
108
تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۗ وَمَا ٱللَّهُ يُرِيدُ ظُلْمًا لِّلْعَـٰلَمِينَ
Tilka ʹAayaatul laahi natloohaa ʻalayka bil-Ḥaq̣q̣. Wa-mal laahu yureedu z̤̣ulmal lilʻaalameen.
އެއީ އެބަހީ އިސްވެދިޔަ ވާހަކަތަކަކީ ﷲ ގެ وعظ އާއި نصيحة އެވެ. ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެވާހަކަތައް حقّ ގޮތުގައި ކިޔައިދެމެވެ. އަދި عالم ތަކަށް އަނިޔާވެރިވެވޮޑިގަންނަވަން އެދިވޮޑިގަންނަވާ ކަލަކުކަމުގައި ﷲ ނުވެއެވެ.
-
109
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
Walillaahi maa- fis samaawaati wa-maa fil ʹarḍ: wa-ʹilal laahi turjaʻul ʹumoor.
އަދި އުޑުތަކާއި ބިމުގައި ވާހާތަކެތި މިލްކުވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި އެންމެހައި ކަންތައް އެނބުރި رجوع ވުންވަނީ ހަމަ ﷲ އަށެވެ.
-
110
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَـٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَـٰسِقُونَ
Kuñtum khayra ʹummatin ʹukhrijat linnaasi taʹmuroona bilmaʻroofi wa-tanhawna ʻanil muñkari wa-tuʹminoona billaah. Wa-law ʹaamana ʹAhlul Kitaabi lakaana khayral lahum: minhumul muʹminoona wa-ʹaks̤aru-humul faasiq̣oon.
މީސްތަކުންނަށް ނެރެވުނު އެންމެހެޔޮ أمّة ކަމުގައި ކަލޭމެންވީމުއެވެ. ކަލޭމެން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި ކަލޭމެން مُنْكراة ތައް ނަހީކުރަމުއެވެ. އަދި ކަލޭމެން ﷲ އަށް އީމާންވަމުއެވެ. (ފަހެ މިތިންސިފަހުރި މީހުންނަކީ ހެޔޮ أمّة ގެމީހުންކަމުގައި ވާނެއެވެ.) ދެންފަހެ مَعْرُوف އަކީ ﷲ އަށް އީމާންވެގެންވާ ބުއްދިރަނގަޅު މީހުންގެގާތުގައި ރަނގަޅު ކަންކަމެވެ. ﷲ އަށް ކިޔަމަންތެރިވުމެވެ. مُنْكراة އަކީ އެކަމަށް ﷲ ރުހިވޮޑިނުގަންނަވާ ކަންކަމެވެ. އަދި إيمان ކަމުގެ أهل ވެރިންގެގާތުގައި ހުތުރުވެގެންވާ ކަންކަމެވެ. އުރެދުމެވެ. والله أعلم އަދި أهل كتاب ންގެމީހުން ﷲ އަށް އީމާންވީނަމަ އެކަން އެމީހުންނަށް ހެޔޮވެގެންވެއެވެ. އެމީހުންގެ ތެރޭގައި مؤمن ންވެއެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ فاسق ންނެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.)
-
111
لَن يَضُرُّوكُمْ إِلَّآ أَذًى ۖ وَإِن يُقَـٰتِلُوكُمْ يُوَلُّوكُمُ ٱلْأَدْبَارَ ثُمَّ لَا يُنصَرُونَ
Lañy yaḍurrookum ʹillaaa ʹaẓaaa; wa-ʹiñy yuq̣aatilookum yuwal-lookumul ʹadbaar. S̤umma laa- yuñṣaroon.
އެމީހުނަށް (އެބަހީ أهل كتاب ންގެމީހުންގެ އަތުން) ކަލޭމެން مؤمن ންނަށް އެއްވެސް ދައްޗެއް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ. އެމީހުންނަށް ވާނެ ވަރަކީ ހަމައެކަނި ކުޑަ އުނދަގުލެއްކޮށްލުމެވެ. (އެއީ އެމީހުން ބުނާ شرك ގެ لفظ ތައް ބުނާއަޑުއިވުމުން ކަލޭމެނަށްވާ އުނދަގުލެވެ. އެހެން ގެއްލުމެއް ނުދެވޭނެއެވެ.) އަދި އެމީހުން ކަލޭމެނާ ހަނގުރާމަކުރިޔަސް އެމީހުން ދޭނީ ކަލޭމެނަށް ފުރަގަހެވެ. ދެން އެމީހުންނަށް نصر ނުލިބެވޭނެއެވެ.
-
112
ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓا۟ إِلَّا بِحَبْلٍ مِّنَ ٱللَّهِ وَحَبْلٍ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍ مِّنَ ٱللَّهِ وَضُرِبَتْ عَلَيْهِمُ ٱلْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ
Ḍuribat ʻalayhimuẓ ẓillatu ʹayna maa- s̤uq̣ifooo ʹillaa bi-Ḥablim minal laahi wa-Ḥablim minan naasi wa-baaaʹoo big̣aḍabim minal laahi wa-ḍuribat ʻalayhimul maskanah. Ẓaalika biʹannahum kaanoo yakfuroona biʹAayaatil laahi wa-yaq̣tuloonal ʹambiyaaaʹa big̣ayri ḥaq̣q̣; ẓaalika bimaa ʻaṣaw Wakaanoo yaʻtadoon.
އެމީހުން ވީ ކޮންމެތާކު އެމީހުންނަށް އޮތީ ދެރަކަމާއި ނިކަމެތިކަމެވެ. ހަމައެކަނި ﷲ ގެ حضرة ގައި ވެފައިވާ عَهْد އެއްގެ ސަބަބުން ނުވަތަ މީސްތަކުންނާއިދެމެދުވާ عهد އާއި އެއްބަސްވުމެއްގެ ސަބަބުން މެނުވީއެވެ. (އެފަދަ عهد އެއް / އެގްރީމެންޓެއްވާނަމަ އެ އެ عهد އެއް ނުވަތަ އެ އެގްރީމެންޓަކާއި އެއްގޮތްވާގޮތުގެ މަތީން އެމީހުންނަށްއޮތް رَحْم އެއް إحترام އެއް އޮންނާނެއެވެ.) އަދި އެމީހުން އެނބުރިދިޔައީ ﷲ ގެ حضرة ން ކޯފާޔާއިގެންނެވެ. އަދި އެމީހުންގެމައްޗަށް فقير ކަމާއި ނިކަމެތިކަން ޖެހިގެންވެއެވެ. އެހެން އެކަންވާންޖެހުނީ ހަމަކަށަވަރުން އެމީހުން ﷲ ގެ އާޔަތްތަކަށް ކާފަރުވާކަމުގެ ސަބަބުންނާއި އަދި އެއްވެސް حقّ އެއްނެތި نَبي ބޭކަލުން قتل ކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން نبي ބޭކަލުން قتل ކޮށް ﷲ ގެ އާޔަތްތަކަށް ކާފަރުވަނީ އެމީހުންގެ އުރެދުމާއި އަދި އެމީހުންނީ ހައްދުފަހަނަޅައިގެންވާ ބަޔަކު ކަމުގައިވީކަމެވެ.
-
113
۞ لَيْسُوا۟ سَوَآءً ۗ مِّنْ أَهْلِ ٱلْكِتَـٰبِ أُمَّةٌ قَآئِمَةٌ يَتْلُونَ ءَايَـٰتِ ٱللَّهِ ءَانَآءَ ٱلَّيْلِ وَهُمْ يَسْجُدُونَ
Laysoo sawaaaʹaa. Min ʹAhlil Kitaabi ʹummatuñ q̣aaaʹimatuñy yatloona ʹAayaatil laahi ʹaanaaaʹal layli wa-hum yasjudoon.
أهل كتاب ންގެ އެންމެން ހަމަހަމަވެގެން ނުވެއެވެ. އެމީހުންގެތެރޭގައި ﷲ ގެ دين މަތީ قائم ވެގެންވާ ބަޔަކުވެއެވެ. އެމީހުން ނަމާދުކޮށް سجدة ކުރާ حال ރޭގަނޑުގެ ވަގުތަކުގައި ﷲ ގެ އާޔަތްތައް ކިޔަވައެވެ.
-
114
يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَأُو۟لَـٰٓئِكَ مِنَ ٱلصَّـٰلِحِينَ
Yuʹminoona billaahi wal-Yawmil ʹAakhiri wa-yaʹmuroona bilmaʻroofi wa-yanhawna ʻanil muñkari wa-yusaariʻoona fil khayrat: wa-ʹulaaaʹika minañ Ṣaaliḥeen.
އަދި އެމީހުން ﷲ އަށާއި آخرة ދުވަހަށް އީމާންވެއެވެ. އަދި އެމީހުން ހެޔޮކަންތަކަށްއަމުރުކޮށްمُنكَرات ނަހީކޮށް ހަދައެވެ. އަދި އެމީހުން ހެޔޮކަންކަމުގައި އަވަސްވެއެވެ. އަދި ކަނޑައެޅިގެން އެމީހުން ވަނީ صالح މާތްމީހުންގެ ތެރެއިންނެވެ.
-
115
وَمَا يَفْعَلُوا۟ مِنْ خَيْرٍ فَلَن يُكْفَرُوهُ ۗ وَٱللَّهُ عَلِيمٌۢ بِٱلْمُتَّقِينَ
Wa-maa yafʻaloo miñ khayriñ falañy yukfarooh: wal-laahu ʻAleemum bil-Muttaq̣een.
އަދި ހެޔޮކަމުގެ ތެރެއިން އެމީހުންކުރާ އެއްވެސްކަމެއްގެ ދަރުމަޔާއި ثواب بَاطل ނުވާހުއްޓެވެ. އަދި تقوى ވެރިންގެ ހުރިހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ.
-
116
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۚ هُمْ فِيهَا خَـٰلِدُونَ
ʹInnal laẓeena kafaroo lañ tug̣niya ʻanhum ʹamwaaluhum wa-laaa ʹawlaaduhum minal laahi shayʹaa: waʹulaaaʹika ʹAṣḥaabun Naari hum feehaa khaalidoon.
ހަމަކަށަވަރުން ކާފަރުވެއްޖެ މީސްތަކުން (ދަންނައެވެ.) އެމީހުންނަށް އެމީހުންގެ މުދަލުންވިޔަސް އަދި އެމީހުންގެ ދަރިންގެ ފަރާތުންވިޔަސް ﷲ ގެ حضرة ން އަންނަ އެއްވެސް ނުރައްކަލެއް އަދި عذاب އެއްވިޔަސް ދުރުކޮށްދީ ކަމެއް ފުއްދައިދިނުމެއް ނުވެއެވެ. އަދި އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.
-
117
مَثَلُ مَا يُنفِقُونَ فِى هَـٰذِهِ ٱلْحَيَوٰةِ ٱلدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوٓا۟ أَنفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِنْ أَنفُسَهُمْ يَظْلِمُونَ
Mas̤alu maa- yuñfiq̣oona fee haaẓihil ḥayaatid dunyaa kamas̤ali reeḥiñ feeha ṣirrun ʹaṣaabat ḥarsa q̣awmiñ z̤̣alamooo ʹañfusahum faʹahlakath. Wa-maa z̤̣alamahumul laahu wa-laakin ʹañfusahum yaz̤̣limoon.
މިދުނިޔޭގެ حياة ގައި އެމީހުން ހޭދަކުރާތަކެތީގެ މިސާލަކީ އޭގައި ގަދަފިނިކަންހުރި ވައެއްގެ މިސާލެވެ. ދެން އެވައި ތިމާމެންގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ ބައެއްގެ ދަނޑަށް ޖެހި ދެން އެވައިގެ ސަބަބުން ދަނޑު ހަލާކުކޮށްލީއެވެ. އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވައެވެ. އަދި އެހެނެއްކަމަކު އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވީއެވެ.
-
118
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ بِطَانَةً مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا۟ مَا عَنِتُّمْ قَدْ بَدَتِ ٱلْبَغْضَآءُ مِنْ أَفْوَٰهِهِمْ وَمَا تُخْفِى صُدُورُهُمْ أَكْبَرُ ۚ قَدْ بَيَّنَّا لَكُمُ ٱلْـَٔايَـٰتِ ۖ إِن كُنتُمْ تَعْقِلُونَ
Yaaaʹayyuhal laẓeena ʹaamanoo laa- tat-takhiẓoo biṭaanatam miñ doonikum laa- yaʹloonakum khabaalaa. Waddu maa- ʻanittum. Q̣ad badatil bag̣ḍaaaʹu min ʹafwaahihim wa-maa tukhfee ṣudooruhum ʹakbar. Q̣ad bayyanna lakumul ʹAayaati ʹiñ kuñtum taʻq̣iloon.
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ دين ގެމީހުން ނޫން މީހުން (އެހެން ދީންދީނުގެމީހުން) އެއީ ކަލޭމެންގެ ސިއްރުވެރި رحمة ތެރިންކަމުގައި ބަލައި إختيار ކޮށް ކަލޭމެން ނުހަދާށެވެ! (އެހެނީ) އެމީހުން ކަލޭމެނަށް ފަސާދަޔާއި ނުބައި މަދުނުކުރާނެއެވެ. (އެބަހީ އެމީހުންކުރާނެކަމަކީ ކަލޭމެން ފަސާދަކޮށް ބަރުބާދުކުރުމެވެ.) އަދި އެމީހުން ލޯބިކުރާނީ ކަލޭމެންނަށް ދަތިވެ ބަރުވާ ޒާތުކަންކަމަށެވެ. ހަމަކަށަވަރުން އެމީހުންގެ އަނގަތަކުން ރުޅިވެރިކަމާއި ދެކޮޅުވެރިކަން ފައުޅުވެއްޖެއެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކޮށް ފޮރުވާފައިވާ އެތި މާބޮޑެވެ. (އެރުޅިވެރިކަމާ حسد ވެރިކަން މާބޮޑެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެނަށް (މިމީހުންނާ ބެހޭގޮތުން) عبرة އާއި نصيحة بيان ކޮށްދީފީމެވެ. ކަލޭމެންނީ ބުއްދިކުރާ ބަޔަކުކަމުގައިވާނަމައެވެ.
-
119
هَـٰٓأَنتُمْ أُو۟لَآءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِٱلْكِتَـٰبِ كُلِّهِۦ وَإِذَا لَقُوكُمْ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ عَضُّوا۟ عَلَيْكُمُ ٱلْأَنَامِلَ مِنَ ٱلْغَيْظِ ۚ قُلْ مُوتُوا۟ بِغَيْظِكُمْ ۗ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ
Haaaʹañtum ʹulaaaʹi tuḥibboonahum wa-laa yuḥibboonakum wa-tuʹminoona bil-Kitaabi kullih. Waʹiẓaa laq̣ookum q̣aalooo ʹaamannaa: waʹiẓa khalaw ʻaḍḍoo ʻalaykumul ʹanaamila minal g̣ayz̤̣. Q̣ul mootoo big̣ayz̤̣ikum: ʹinnal laaha ʻAleemum biẓaatiṣ ṣudoor.
އޭ މިތިބެ مؤمن ންނޭވެ! ކަލޭމެން أهل كتاب ންދެކެ ލޯބިވަނީއެވެ. (އެކަމަކު) އެމީހުން ކަލޭމެންދެކެ ލޯބިނުވެއެވެ. އަދި ކަލޭމެން މުޅިފޮތަށް އެކީއެކައްޗަކަށް إيمان ވެއެވެ. (އެމީހުން އީމާންވަނީ ފޮތުގެ އެބަޔަށެވެ. އަނެއްބަޔަށް ކާފަރުވަނީއެވެ.) އަދި އެމީހުން ކަލޭމެނާއި ބައްދަލުވެއްޖެއްޔާ އެމީހުން ބުނެއެވެ. އަހުރެމެން އީމާންވެއްޖައީމެވެ. އަދި އެމީހުން އެކަނިވެއްޖެއްޔާ ކަލޭމެންދެކެ ރުޅިއައިސްގެން އެމީހުންގެ އިނގިލިތަކުގައި ދަތްއަޅައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ކަލޭމެންގެ ރުޅީގެ ސަބަބުން މަރުވާށެވެ! ހަމަކަށަވަރުން ﷲ تعالى އީ ހިތްތަކުގެތެރޭގައި ވާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
120
إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا۟ بِهَا ۖ وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌ
ʹIñ tamsaskum ḥasanatuñ tasuʹhum waʹiñ tuṣibkum sayyiʹatuñy yafraḥoo bihaa. Waʹiñ taṣbiroo watattaq̣oo laa- yaḍurrukum kayduhum shayʹaa: ʹinnal laah bimaa yaʻmaloona Muḥeeṭ.
ކަލޭމެން مؤمن ންނަށް ހެޔޮކަމެއް / ރަނގަޅުކަމެއް ދިމާވެއްޖެއްޔާ (އެބަހީ، ކަލޭމެން عداوة ތެރިންގެ މައްޗަށް ގަދަވެ ކާމިޔާބުވުންފަދަ އަދި މީސްތަކުން ދީނަށްވަނުންފަދަ- އުފާވެރިކަމެއް ދިމާވެއްޖެއްޔާ) އެމީހުންނަށް ނުބައިވެއެވެ. އެމީހުންނަށް ދެރަވެ ހިތްހަމަނުޖެހުން މެދުވެރިވެއެވެ. އަދި ކަލޭމެން مؤمن ންނަށް ހަނގުރާމައި ގައި ދެރަވުންފަދަ ދެރަކަމެއް ދިމާވެއްޖެއްޔާ އެމީހުން އެކަމަށް އުފާކުރެއެވެ. އަދި ކަލޭމެން مؤمن ން ކެތްތެރިވެއްޖެއްޔާ އަދި تقوى ވެރިވެއްޖެއްޔާ އެމީހުންގެ ނުބައި ރޭވުމަކުން - މަކަރަކުން ކަލޭމެނަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ހަމަކަށަވަރުން ﷲ تعالى އެމީހުންކުރާ އެންމެހައި ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ.
-
121
وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ ٱلْمُؤْمِنِينَ مَقَـٰعِدَ لِلْقِتَالِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ
Waʹiẓ g̣adawta min ʹahlika tubawwiʹul Muʹmineena maq̣aaʻida lilq̣itaal: wal-laahu Sameeʻun ʻAleem:
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންގެ އަރިހުން ދުވާލުގެކުރީކޮޅު ހިންގަވާފައި مؤمن ންނަށް ހަނގުރާމައިގެ (أحْدُ ހަނގުރާމައިގެ) މަރުކަޒުތައް ހަމަޖައްސަވާ ސެޓްކޮށްދެއްވުމަށް ވަޑައިގެންނެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ. (އެބަހީ مؤمن ން ދެންނެވި مشورة ގެ އަޑުތައް އައްސަވާވޮޑިގެންވާ އަދި އޭގެތެރެއިން ރަނގަޅު رَأى ދެނެވޮޑިގެންވާ ކަލާނގެއެވެ.)
-
122
إِذْ هَمَّت طَّآئِفَتَانِ مِنكُمْ أَن تَفْشَلَا وَٱللَّهُ وَلِيُّهُمَا ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
ʹIẓ hammaṭ ṭaaaʹifataani miñkum ʹañ taf-shalaa wal-laahu Waliyyuhuma, waʻalal laahi fal-yatawak-kalil Muʹminoon.
ކަލޭމެންގެތެރެއިން ދެބައިގަނޑެއްގެމީހުން (ދެ قَبِيْلَة އެއްގެމީހުން އެއީ بَنُوسَلَمَة ވަންހަޔާއި بَنُوْحَارِثَة ގެ ވަންހަޔާ ދެވަންހައެވެ.) ހަނގުރާމައިން ފޭލިވުމަށް - އެބަހީ ހަނގުރާމަ ދޫކޮށްލާފައި އަނބުރާދިއުމަށް قصد ކުރިހިނދު ﷲ އެދެވަންހައިގެ ސަހަރޯވެރިއަކުކަމުގައިވިއެވެ. (އެދެބައިމީހުންގެ ހިތަށް ވެރިވެފައިވާ ފިނޑިކަމާއި ބަލިކަށިކަމުގެ އަސަރު ﷲ ދުރުކޮށްދެއްވައި ވަކިކޮށްދެއްވިއެވެ.) އަދި مؤمن ން ﷲ އަށް އެކަނި وكيل ކޮށް އިތުބާރުކުރާހުށިކަމެވެ.
-
123
وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ
Wa-laq̣ad naṣarakumul laahu bi-Badriñw waʹañtum ʹaẓillah: fattaq̣ul laaha laʻallakum tashkuroon.
އަދި ހަމަކަށަވަރުން بَدْرُ ހަނގުރާމައިގާ ﷲ ކަލޭމެނަށް نَصْرُ ދެއްވިއެވެ. އެއީ ކަލޭމެން ނިކަމެތިވެފައިވަނިކޮށެވެ. ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެއީ ކަލޭމެން شكر ކުރުމަށްޓަކައެވެ.
-
124
إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَـٰثَةِ ءَالَـٰفٍ مِّنَ ٱلْمَلَـٰٓئِكَةِ مُنزَلِينَ
ʹIẓ taq̣oolu lil-Muʹmineena ʹalañy yakfiyakum ʹañy yumiddaku Rabbukum̃ bis̤alaas̤ati ʹaalaafim minal malaaaʹikati muñzaleen?
އެއީ ކަލޭގެފާނު مؤمن ންނަށް ވިދާޅުވިހިނދުގައެވެ. ފައިބާވަޑައިގަންނަވާ ތިންހާސް ملائكة ބޭކަލުންގެ مدد އަކުން ކަލޭމެންގެ رَبّ ކަލޭމެނަށް مدد ދެއްވުމުން ކަލޭމެނަށް ނުފުދޭނެހެއްޔެވެ؟ (މިހެން ވިދާޅުވިހިނދުއެވެ. އެއީ بدر ހަނގުރާމައިގެ ދުވަހެވެ.)
-
125
بَلَىٰٓ ۚ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَـٰفٍ مِّنَ ٱلْمَلَـٰٓئِكَةِ مُسَوِّمِينَ
Balaaa ʹiñ taṣbiroo wa-tattaq̣oo wa-yaʹtookum miñ fawrihim haaẓaa yumdidkum Rabbukum̃ bikhamsati ʹaalaafim minal malaaaʹikati musawwimeen.
އާއެކެވެ. (ފުދެއެވެ.) ކަލޭމެން ކެތްތެރިވެއްޖެއްޔާ އަދި ކަލޭމެން تقوى ވެރިވެއްޖެއްޔާ އެމީހުންގެ އަވަސްކަމާއި ރުޅިވެރިކަމާއިއެކު އަތުވެއްޖެއްޔާވެސް ކަލޭމެންގެ رَبّ ކަލޭމެނަށް ހަނގުރާމައަށް ތައްޔާރުވެވިގެން ނިޝާންކުރެވިގެންވާ ފަސްހާސް މަލާއިކަތް ބޭކަލުންގެ މަދަދަކުން ކަލޭމެނަށް މަދަދުކުރައްވާނެއެވެ.
-
126
وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِۦ ۗ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ
Wa-maa jaʻalahul laahu ʹillaa bushraa lakum wa-litaṭmaʹinna q̣uloobukum̃ bih: wa-man naṣru ʹillaa min ʻiñdi laahil ʻAzeezil Ḥakeem:
އަދި އެކަން (އެބަހީ މަލާއިކަތް ބޭކަލުންގެ مَدد ގެ وعد ފުޅު) އެއީ ކަލޭމެން (مؤمن ން) ނަށްވާ އުފާވެރިކަމެއްގެ خبر އެއްކަމުގައްޔާއި އަދި ކަލޭމެންގެ ހިތްތަކަށްވާ ހަމަޖެހުމެއް ކަމުގައި މެނުވީ ﷲ ނުލައްވައެވެ. (އަދި އެކަމަކު) نصر ދެއްވުންވަނީ ހަމައެކަނި عزّة ވަންތަ حكمة ވަންތަ ﷲ ގެ حضرة ންކަމުގައި މެނުވީ ނުވެއެވެ.
-
127
لِيَقْطَعَ طَرَفًا مِّنَ ٱلَّذِينَ كَفَرُوٓا۟ أَوْ يَكْبِتَهُمْ فَيَنقَلِبُوا۟ خَآئِبِينَ
Liyaq̣ṭaʻa ṭarafam minal laẓeena kafarooo ʹaw yakbitahum fayañq̣aliboo khaaaʹibeen.
(بَدْر ހަނގުރާމައިގާ ކަލޭމެންނަށް ﷲ نصر ދެއްވީ) ކާފަރުންގެ އެއްކޮޅު ކަނޑައިލުމަށްޓަކައެވެ. (އެހަނގުރާމައިގާ ކާފަރުންގެ ބޮޑެތި އެތައްބަޔަކު މަރުވެ ދިޔައެވެ.) ނުވަތަ އެމީހުން އެދޭއެދުން ނުފުދިގެން ގެއްލުމާއި ނާކާމިޔާބާއިގެން އެނބުރި ދިއުމަށްޓަކައެވެ. (އެމީހުން އެދިގެންތިބިއެދުމަކީ مؤمن ންމަރާ ސުންނާފަތިކޮށް ދެރަކޮށް އެމީހުން ކާމިޔާބު ކުރުމަށެވެ. މިއިން އެއްވެސް ކަމެއްނުވިއެވެ.) • ދަންނައެވެ. މިއާޔަތްތަކުގެ ترجمة ގައި إختلاف ތަކެއްވެއެވެ. މިތާ ލިޔެވިފައި އެވަނީ އޭގެތެރެއިން ގިނަބޭކަލުން ބުރަވެލައްވާގޮތަށެވެ. ދެންފަހެ أُحْدُ ހަނގުރާމައިގެދުވަހު مؤمن ންނަށް ހެދުނު خلاف ވުމެއްގެ ސަބަބުން إسلام ންގެ لشكر އަށް ގެއްލުންތަކެއްވެ ސީދާ رَسول ﷲ ﷺ ގެ طاهر ހަށިކޮޅަށްވެސް އަނިޔާ ތަކެއް ލިބިވަޑައިގަތުމަށްފަހު ކާފަރުންގެމައްޗަށް ކުރެއްވުނު دعاء ފުޅަކުން ދެން މިއަންނަ އާޔަތް ބާވައިލެއްވުނުކަމުގައިވިއެވެ. والله أعلم.
-
128
لَيْسَ لَكَ مِنَ ٱلْأَمْرِ شَىْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَـٰلِمُونَ
Laysa laka minal ʹamri shayʹun ʹaw yatooba ʻalayhim ʹaw yuʻaẓẓibahum faʹinnahum Z̤̣aalimoon.
ކަލޭގެފާނަށް (ތިމަންރަސްކަލާނގެ خلق ތަކުންނާމެދު ތިމަންރަސްކަލާނގެ އެންގެވި حكم އެއް ހިންގާ تَنْفِيذ ކުރެއްވުންމެނުވީ.) އަޅުތަކުންނާބެހޭ ކަންކަމުގެ حكم އެއް ނުވެއެވެ. އެއީ އެމީހުންގެމައްޗަށް އެކަލާނގެ توبة ލައްވާދެންނެވެ. ނުވަތަ އެކަލާނގެ އެމީހުންނަށް عذاب ދެއްވާދެންނެވެ. ހަމަކަށަވަރުން އެމީހުންނީ އަނިޔާވެރި ބައެކެވެ.
-
129
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
Walillaahi maa- fis samaawaati wa-maa fil ʹarḍ. Yag̣firu limañy yashaaaʹu wa-yuʻaẓẓibu mañy yashaaaʹ: wallaahu G̣afoorur Raheem.
އަދި އުޑުތަކާއި ބިމުގައިވާނަމަ ވާހާއެއްޗެއް خاصّ ވެ مِلْكُ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ عذاب ދެއްވައެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
130
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوا۟ ٱلرِّبَوٰٓا۟ أَضْعَـٰفًا مُّضَـٰعَفَةً ۖ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
Yaaaʹayyuhal laẓeena ʹaamanoo laa- taʹkulur Ribaaa ʹaḍʻaafam muḍaaʻafah ; wattaq̣ul laaha laʻallakum tufliḥoon.
އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ބައިބަޔަށް ގިނަވާގޮތަށް ގިނަކޮށްކޮށްގެން ކަލޭމެން ރިބާނުކާށެވެ. އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންނަށް ކާމިޔާބުވުމަށްޓަކައެވެ.
-
131
وَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَـٰفِرِينَ
Wattaq̣un Naaral lateee ʹuʻiddat lilkaafireen.
އަދި ކާފަރުންނަށްޓަކައި ތައްޔާރުކުރެވިފައިވާ އަލިފާނަށް (ނަރަކައަށް) ކަލޭމެން ބިރުވެތިވާށެވެ! تقوى ވެރިވާށެވެ!
-
132
وَأَطِيعُوا۟ ٱللَّهَ وَٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ
Wa-ʹaṭeeʻul laaha war-Rasoola laʻallakum turḥamoon.
އަދި ކަލޭމެން ﷲ އަށާއި رَسول އާއަށް ކިޔަމަންތެރިވާށެވެ! އެއީކަލޭމެންނަށް رحمة ލެއްވުމުގެ އެދުމުގައެވެ.
-
133
۞ وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَـٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ
Wa-saariʻooo ʹilaa mag̣firatim mir Rabbikum wa-Jannatin ʻarḍuhas samaawaatu wal-ʹarḍu ʹuʻiddat lil-Muttaq̣een
އަދި ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ން ފާފަފުއްސެވުމަށް އަވަސްވެގަންނާށެވެ! އަދި އެތާނގެ ފުޅާމިން (ނުވަތަ ތަނަވަސްކަން) އުޑުތަކާއި ބިންތަކުގެ ތަނަވަސްކަމާއި އެއްފަދަވެގެންވާ ސުވަރުގެއަށް (އަވަސް ވެގަންނާށެވެ!) އެތަން ތައްޔާރުކުރެވިގެންވަނީ تقوى ވެރިންނަށްޓަކައެވެ.
-
134
ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَـٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ
ʹAllaẓeena yunfiq̣oona fis sarraaaʹi waḍ-ḍarraaaʹi wal-kaa-Z̤̣imeenal g̣ayz̤̣a wal-ʻaafeena ʻanin naas: wal-laahu yuḥibbul Muḥsineen;
އެ تقوى ވެރިންނަކީ ފަސޭހަމަކާއި އުނދަގުލުގައި (ނުވަތަ ތަނަވަސްކަމާއި فقير ކަމުގައިވެސް) ﷲ ގެ މަގުގައި ހޭދަކުރާމީހުންނެވެ. އަދި އެއީ ރުޅިވެރިކަން ކައިލާމީހުންނެވެ. އެބަހީ ކުޅަދާނަވެގެންވުމާއި އެކުވެސް ރުޅިވެރިކަން ހިފަހައްޓާމީހުންނެވެ. އަދި އެއީ މީސްތަކުންގެ ކިބައިން عفوء ކުރާމީހުންނެވެ. معاف ކުރާމީހުންނެވެ. އަދި إحسان ތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
-
135
وَٱلَّذِينَ إِذَا فَعَلُوا۟ فَـٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ
Wal-laẓeena ʹiẓaa faʻaloo faa-ḥishatan ʹaw z̤̣alamooo ʹañfusahum ẓakarul laaha fastag̣faroo liẓunoobihim, Wa-mañy yag̣firuẓ ẓunooba ʹillal laah? wa-lam yuṣirroo ʻalaa maa- faʻaloo wa-hum yaʻlamoon.
އަދި އެމީހުންނަކީ އެމީހުންނަށް فاحش ކަމެއްކުރެވިއްޖެއްޔާ ނުވަތަ އަމިއްލަ نفس އަށް އަނިޔާވެރިވެވިއްޖެއްޔާ ﷲ ހަނދާންކުރާމީހުންނެވެ. ﷲ އަށް ذِكر ކުރާމީހުންނެވެ. ދެން އެމީހުން އެމީހުންގެ ފާފަތައް ފުއްސެވުމަށް އެދިދަންނަވައެވެ. އަދި ﷲ މެނުވީ ފާފަފުއްސަވާނީ ދެން ކާކުހެއްޔެވެ؟ އަދި އެމީހުންނަކީ އެމީހުންނަށް އެނގިތިބޭ حال އެމީހުންނަށް އެކުރެވުނު ފާފައިގެމަތީ ދެމިނުތިބޭމީހުންނެވެ. (އަދި ކިއެއްހެއްޔެވެ؟ އަވަސް އަވަހަށް توبة ވެ ﷲ ގެ حضرة އަށް رجوع ވާ މީހުންނެވެ.)
-
136
أُو۟لَـٰٓئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَنِعْمَ أَجْرُ ٱلْعَـٰمِلِينَ
ʹUlaaaʹika Jazaaʹuhum mag̣firatum mir Rabbihim wa-jannaatuñ tajree miñ tah-tihal ʹanhaaru khaalideena feehaa: wa-niʻma ʹajrul ʻaamileen!
އެމީހުން ދަންނައެވެ. އެމީހުންގެ ޖަޒާއަކީ އެމީހުންގެ رَبّ ގެ حضرة ން އެމީހުންނަށް مغفرة އެވެ. ފާފަ ފުއްސެވުމެވެ. އަދި އެތަންތާނގެދަށުން އާރުތައް ދެމޭ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. އެމީހުން އެތާ ދެމިތިބޭ حال ގައެވެ. އަދި ހެޔޮ عمل ކުރިމީހުންގެ عمل ގެ جزاء އަދި އޭގެ ދަރުމަ ރަނގަޅުވެގެން ވެއެވެ.
-
137
قَدْ خَلَتْ مِن قَبْلِكُمْ سُنَنٌ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ
Q̣ad khalat miñ q̣ablikum Sunanuñ faseeroo fil ʹarḍi fañz̤̣uroo kayfa kaana ʻaaq̣ibatul mukaẓẓibeen.
(އޭ إيمان ވެއްޖެ މީސްތަކުންނޭވެ. / ނުވަތަ خاصّ ކޮށް محمّد ގެފާނުންގެ أصحاب ންނޭވެ.) ހަމަކަށަވަރުން ކަލޭމެންގެކުރިން مثال ތަކެއް ގޮތްތަކެއް އަދި ކަންތައްތަކެއް އިސްވެހިނގައްޖެއެވެ. (އެއީ އިސްވެދިޔަ أمّة ތަކާއި އެ أمّة ތަކަށް ފޮނުއްވުނު رَسُول ންނާއިމެދު ކަންތައް ހިނގާދިޔަގޮތާއި އަދި އޭގެ ނަތިޖާއެވެ. ތެދުވެރިންނަށް ކާމިޔާބުވެ ދޮގުވެރިން ހަލާކުވެދިޔައީއެވެ. އެއީ ﷲ ގެ سنّة އެވެ.) ފަހެ ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދާބަލާށެވެ. އަދި ދޮގުކުރާމީހުންގެ ފަހުކޮޅު - އެމީހުންގެ ނިމުން ވެގެން ދިޔައީ ކޮންފަދައަކުންކަން ނިކަން ދެކެބަލާށެވެ. عبرة ލިބިގަންނާށެވެ.
-
138
هَـٰذَا بَيَانٌ لِّلنَّاسِ وَهُدًى وَمَوْعِظَةٌ لِّلْمُتَّقِينَ
Haaẓaa bayaanul linnasi wa-hudañw wamawʻiz̤̣atul lil-muttaq̣een.
އިސްވެދިޔަ ވާހަކަތަކަކީ އެންމެހައި މީސްތަކުންނަށްވާ بيان އެކެވެ. (عبرة ގެ ފިލާވަޅުތަކެކެވެ.) އަދި އެއީ تقوى ވެރިންނަށްވާ ތެދުމަގާއި وعظ نصيحة އެކެވެ.
-
139
وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ
Wa-laa tahinoo wa-laa tahẓanoo wa-ʹañtumul ʹaʻlawna ʹiñ kuñtum Muʹmineen!
އަދި ކަލޭމެން ބަލިކަށިވެ ދެރަބަޔަކަށް ނުވާށެވެ. އަދި ހިތާމަނުކުރާށެވެ. ކަލޭމެންނަކީ مؤمن ންކަމުގައި ވަންޏާ މަތީބަޔަކީ ކަލޭމެންނެވެ.
-
140
إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ ٱلْقَوْمَ قَرْحٌ مِّثْلُهُۥ ۚ وَتِلْكَ ٱلْأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ وَلِيَعْلَمَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَتَّخِذَ مِنكُمْ شُهَدَآءَ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ
ʹIñy yamsaskum q̣arḥuñ faq̣ad massal q̣awma q̣arḥum mis̤luh. Wa-tilkal ʹayyaamu nudaawiluhaa baynan naas: wa-liyaʻlamal laahul laẓeena ʹaamanoo wa-yattakhiẓa miñkum shuhadaaaʹ. Wal-laahu laa- yu-ḥibbuz̤̣ Z̤̣aalimeen.
ކަލޭމެންނަށް زَخَمْ ވުމާއި ފާރުވުންތައް ވަމުންދާއިރު އެމީހުންނަށް - (يعني އެ مشرك ންނަށްވެސް) ހަމަ އެފަދައިން زَخَم ވުމާއި ފާރުވުން ލިބެމުންދެއެވެ. އަދި އެދުވަސްތަކަކީ (بَدْر ހަނގުރާމަ أحد ހަނގުރާމަފަދަ واقعة ތަކަކީ) މީސްތަކުންގެ މެދުގައި تكرار ވާގޮތަށް ތިމަންރަސްކަލާނގެ ލައްވާ ކަންކަމެވެ. (އެއްފަހަރު އެއްބަޔަކަށް ކާމިޔާބުވެ އަނެއްފަހަރު އަނެއްބަޔަކަށް ކާމިޔާބުވާގޮތަށް ލެއްވީމެވެ. އެންމެފަހުގެ ހެޔޮ ނަތީޖާ އޮންނާނީ مؤمن ންނަށެވެ.) އަދި އެއީ ކަލޭމެންކުރެ مؤمن ންނަކީ ކޮންބައެއްކަން ﷲ ދެނެވޮޑިގެންފައިވާކަން ހާމަކުރެއްވުމަށާއި އަދި ކަލޭމެންގެތެރެއިން އެކަލާނގެ شهيد ން ލެއްވުމަށްޓަކައެވެ. އަދި އަނިޔާވެރިންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.
-
141
وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَمْحَقَ ٱلْكَـٰفِرِينَ
Wa-liyumaḥ-ḥiṣal laahul laẓeena ʹaamanoo wa-yamḥaq̣al kaafireen.
އަދި އެއީ އީމާންވީ މީސްތަކުން إمتحان ކުރައްވައި އެމީހުންގެ ފާފަތަކުން ﷲ تعالى އެމީހުން طاهر ކުރައްވާ ސާފުކުރެއްވުމަށެވެ. އަދި ކާފަރުންގެ ހެޔޮ عمل ތައް އެކަލާނގެ އުނިކުރައްވާ باطل ކުރެއްވުމަށެވެ.
-
142
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَـٰهَدُوا۟ مِنكُمْ وَيَعْلَمَ ٱلصَّـٰبِرِينَ
ʹAm ḥasibtum ʹañ tadkhulul Jannata wa-lamma yaʻlamil laahul laẓeena jaahadoo miñkum wa-yaʻlamaṣ Ṣaabireen?
އަދި ކަލޭމެންކުރެ جهاد ކުރިމީހުން ﷲ تعالى ދެނެވޮޑިގެންވާކަން ފައުޅުނުކުރައްވަނީސް އަދި ކަލޭމެންކުރެ ކެތްތެރިން ﷲ ދެނެވޮޑިގެންވާކަން بيان ނުކުރައްވަނީސް ކަލޭމެން ސުވަރުގެ ވަނުމަށް ހީކުރަނީހެއްޔެވެ؟
-
143
وَلَقَدْ كُنتُمْ تَمَنَّوْنَ ٱلْمَوْتَ مِن قَبْلِ أَن تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنتُمْ تَنظُرُونَ
Wa-laq̣ad kuñtum tamannawnal mawta miñ q̣abli ʻañ tal-q̣awh: faq̣ad raʹaytumoohu wa-ʹañtum tañz̤̣uroon.
އަދި ހަމަކަށަވަރުން ހަނގުރާމަޔާ ބައްދަލުވުމުގެކުރިން މަރުވުމަށް (شهيد ވުމަށް) އެދޭބަޔަކު ކަމުގައި ކަލޭމެން ވީމުއެވެ. (بدر ހަނގުރާމައަށް ނުދެވުނު މީހުން ތިބީ ހަނގުރާމައެއް ދިމާވުމަށް އެދިއެދިކަމުގައި ބުނެވުނެވެ. އެއީ ހަނގުރާމަކޮށް شهيد ވުމަށެވެ.) ފަހެ ހަމަކަށަވަރުން ކަލޭމެންނަށް އެކަން ފެނުނެވެ. މީސްތަކުންގެތެރެއިން ބަޔަކުމީހުން شهيد ވެގެންދިޔައެވެ. އެއީ ކަލޭމެން ބަލަބަލާ ތިބި حال ގައެވެ. (އެއީ أحد ހަނގުރާމައިގެ ދުވަހުގައެވެ.)
-
144
وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ ۚ أَفَإِي۟ن مَّاتَ أَوْ قُتِلَ ٱنقَلَبْتُمْ عَلَىٰٓ أَعْقَـٰبِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ ٱللَّهَ شَيْـًٔا ۗ وَسَيَجْزِى ٱللَّهُ ٱلشَّـٰكِرِينَ
Wa-maa Muḥammadun ʹillaa Rasool: q̣ad khalat miñ q̣ablihir rusul. ʹAfaʹim maata ʹaw q̣utilañ q̣alabtum ʻalaaa ʹaʻq̣aabikum? Wa-many yañq̣alib ʻalaa ʻaq̣ibayhi falañy yaḍurral laaha shayʹaa; wa-sayajzil laahush Shaakireen.
އަދި محمّد (ﷺ) އަކީ رَسُول ބޭކަލަކު ކަމުގައި މެނުވީ ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް رَسُول ބޭކަލުން އިސްވެގޮސްފައިވެއެވެ. އަޅެފަހެ އެކަލޭގެފާނު އަވަހާރަވުމުން ނުވަތަ قتل ވުމުން ކަލޭމެން ކަލޭމެންގެ ފުންނާބުތަކުގެމައްޗަށް ފުރޮޅިގަންނަންވީ ހެއްޔެވެ؟ (إسلام دين ދޫކޮށް مُرْتَدُّ ވާންވީހެއްޔެވެ؟) އަދި އެމީހަކު އެމީހަކުގެ ދެފުންނާބުމައްޗަށް ފުރޮޅިގަންނަމީހާ - އެބަހީ ދީން ދޫކޮށް مُرْتَدُّ ވާމީހާ (ދަންނައެވެ!) ފަހެ އެފަދަމީހާގެފަރާތުން ﷲ އަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުކުރެވޭނެއެވެ. (ވާހާ ގެއްލުމަކާއި އުނދަގުލެއް ވާނީ ހަމަ އެމީހަކަށެވެ.) އަދި شُكْرُ ވެރިންނަށް (ދީންމަތީ ثابِت ވެތިބި ކިޔަމަންތެރިންނަށް) ނިކަންހުރެ ﷲ تعالى ހެޔޮ جَزاء ދެއްވާހުއްޓެވެ.
-
145
وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَـٰبًا مُّؤَجَّلًا ۗ وَمَن يُرِدْ ثَوَابَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَن يُرِدْ ثَوَابَ ٱلْـَٔاخِرَةِ نُؤْتِهِۦ مِنْهَا ۚ وَسَنَجْزِى ٱلشَّـٰكِرِينَ
Wa-maa kaana linafsin ʹañ tamoota illaa biʹiẓnil laahi kitaabam muʹajjalaa. Wa-mañy yurid s̤awaabad dunyaa nuʹtihee minhaa; wa-mañy yurid s̤awaabal ʹAakhirati nuʹtihee minhaa Wa-sanaj-zish Shaakireen.
އަދި އެއްވެސް نفس އެއް ﷲ ގެ إذن ފުޅަށް މެނުވީ މަރުނުވާނެއެވެ. (މަރުވުމަކީ އޮތްކަމެއް ނޫނެވެ.) އެއީ ކޮންމެ نفس އަކަށްވެސް ﷲ އަޖަލުތައް ލިއުއްވާފައިވާ ފޮތުގައިވާގޮތެވެ. އަދި ދުނިޔޭގެ ބޭނުންތަކާއި ތަކެތި އެދޭމީހާއަށް ތިމަންރަސްކަލާނގެ އެދުނިޔެއިން އޭނާއަށް ދެއްވާހުށީމެވެ. އަދި آخرة ގެ ދަރުމަޔާ ثواب އެދޭމީހާއަށް ތިމަންރަސްކަލާނގެ އެތަނުގެ ދަރުމަޔާއި ثواب ދެއްވާހުށީމެވެ. އަދި ނިކަންހުރެ ތިމަންރަސްކަލާނގެއަށް شكر ކުރާމީހުންނަށް جَزاء ދެއްވާހުށީމެވެ. (ހެޔޮދަރުމަޔާ ޖަޒާދެއްވާހުށީމެވެ.)
-
146
وَكَأَيِّن مِّن نَّبِىٍّ قَـٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا۟ لِمَآ أَصَابَهُمْ فِى سَبِيلِ ٱللَّهِ وَمَا ضَعُفُوا۟ وَمَا ٱسْتَكَانُوا۟ ۗ وَٱللَّهُ يُحِبُّ ٱلصَّـٰبِرِينَ
Wakaʹayyim min nabyyiñ q̣aatala maʻahoo Ribbiyyoona kaseer? Famaa wahanoo limaaa ʹaṣaabahum fee Sabeelil laahi wa-maa ḍaʻufoo wa-mas takaanoo. Wallaahu yuḥibbuṣ Ṣaabireen.
އަދި އެބޭކަލުންނާއިއެކު علم ވެރި تقوى ވެރި އަޅުވެރިން ހަނގުރާމަކުރި ކިތައްކިތައް نبيُّ ންވޭހެއްޔެވެ؟ އަދި ﷲ ގެމަގުގައި އެބޭކަލުންނަށް އެދިމާވިކަންކަމުން (ވީ زَخَم އާއި އެޅި ވޭނުން) އެބޭކަލުން ދެރަވެ ބަލިކަށި ނުވެއެވެ. އަދި އެބޭކަލުން ضعِيْفُ ވެ عَدُوُّ ންނަށް ބޯލަނބައި ذليل ނުވެއެވެ. (ފުކެއްވެސް ހިތްވަރުން ދެރަނުވެއެވެ. ކެތްތެރިވެވަޑައިގެން ثابت ކަންމަތީ ތިއްބެވީއެވެ.) އަދިކެތްތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
-
147
وَمَا كَانَ قَوْلَهُمْ إِلَّآ أَن قَالُوا۟ رَبَّنَا ٱغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِىٓ أَمْرِنَا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ
Wa-maa kaana q̣awlahum ʹillaaa ʹañ q̣aaloo Rabbanag̣ fir lanaa ẓunoobanaa wa-ʹisraafanaa feee ʹamrinaa was̤abbit ʹaq̣daamanaa wañṣurnaa ʻalal q̣awmil kaafireen.
އަދި އެބޭކަލުންގެ - އެބަހީ رَبّانِىُّ ންގެ - يعني نبي ބޭކަލުންގެ އަރިހުގައި ހަނގުރާމަކުރެއްވި عِلْمُ ވެރި تقوى ވެރި އަޅުވެރިންގެ ބަސްފުޅުގައި އެބޭކަލުން މިފަދައިން ދެންނެވުން މެނުވީ ނުވެއެވެ. އެބޭކަލުން ދެންނެވިއެވެ. އޭއަޅަމެންގެ رَبّ އެވެ! އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވާނދޭވެ! އަޅަމެންގެ ކަންތަކުގައި އަޅަމެން ކުރި އިސްރާފާއި (އެބަހީ އަޅަމެންގެ ކުދި ބޮޑެތި ފާފަތައް) ވެސް ފުއްސަވާ ދެއްވާނދޭވެ! އަދި އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި ކާފަރު މީސްތަކުންގެމައްޗަށް އަޅަމެނަށް نصر ދެއްވާނދޭވެ!
-
148
فَـَٔاتَىٰهُمُ ٱللَّهُ ثَوَابَ ٱلدُّنْيَا وَحُسْنَ ثَوَابِ ٱلْـَٔاخِرَةِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ
Faʹaataahumul laahu s̤awaabad dunyaa waḥusna s̤awaabil ʹAakhirah: Wal-laahu yuḥibbul Muhsineen.
ދެންފަހެ ﷲ تعالى އެބޭކަލުންނަށް ދުނިޔޭގެ ސަވާބު ދެއްވައިފިއެވެ. (عَدُوُّ ންގެމައްޗަށް نصر އާއި ކާމިޔާބު ދެއްވައިފިއެވެ.) އަދި آخرة ގެ ދަރުމަ މާ ރަނގަޅުވެގެންވެއެވެ. އަދި إحسان ތެރިންނަށް ﷲ ލޯބިވެ ވޮޑިގަންނަވައެވެ.
-
149
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ ٱلَّذِينَ كَفَرُوا۟ يَرُدُّوكُمْ عَلَىٰٓ أَعْقَـٰبِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ
Yaaaʹayyuhal laẓeena ʹaamanoo ʹiñ tuṭeeʻul laẓeena kafaroo yaruddookum ʻalaaa ʹaʻq̣aaabikum fatañq̣aliboo khaasireen.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކާފަރުންނަށް ކިޔަމަންތެރިވެއްޖެއްޔާ އެމީހުން ކަލޭމެންގެ ފުންނާބުތަކުގެ މައްޗަށް ކަލޭމެން އަނބުރާ ގެންދާނެއެވެ. (އެބަހީ އަލުންވެސް ކަލޭމެން ކާފަރުކަމުގެ ތެރެއަށް ގެންދާނެއެވެ.) ދެން އޭރުން ކަލޭމެން އެނބުރިދާނީ ގެއްލިހަލާކުވެގެންވާ ބަޔަކުގެ ގޮތުގައެވެ.
-
150
بَلِ ٱللَّهُ مَوْلَىٰكُمْ ۖ وَهُوَ خَيْرُ ٱلنَّـٰصِرِينَ
Balil laahu maw-laakum, wa-Huwa Khayrun naaṣireen.
އަދި ކިއެއްހެއްޔެވެ؟ ކަލޭމެންގެ ސަހަރޯވެރިއަކީ ހަމަ ﷲ އެވެ. އެކަލާނގެއީ نصر ދެއްވުމުގައި އެންމެހެޔޮވެގެންވާ ކަލާނގެއެވެ.
-
151
سَنُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ بِمَآ أَشْرَكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًا ۖ وَمَأْوَىٰهُمُ ٱلنَّارُ ۚ وَبِئْسَ مَثْوَى ٱلظَّـٰلِمِينَ
Sanulq̣ee fee q̣uloobil laẓeena kafarur ruʻba bimaaa ʹashrakoo bil-laahi maa- lam yunazzil bihee sulṭaanaa: wa-maʹwaa-humun Naar: wa-biʹsa mas̤waz̤̣ z̤̣aalimeen!
އަދި ކާފަރުވީމީސްތަކުން އެމީހުން ﷲ އާއި ބައިވެރިކޮށް شريك ކުރުން ހުއްދަވާނެކަމުގެ އެއްވެސް حجّة އެއް دليل އެއްނެތް ތަކެއްޗާއި شريك ކުރިކަމުގެ ސަބަބުން - ﷲ އާއި ބައިވެރިކޮށް ހަމަހަމަކުރިކަމުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވާހުށީމެވެ. އަދި قيامة ދުވަހުން އެމީހުންގެ ޖާގަޔަކީ ނަރަކައެވެ. އަދި އަނިޔާވެރިން ގޮސްތިބޭ ޖާގައިގެ ހުރި ނުބައިކަމާއެވެ!
-
152
وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُۥٓ إِذْ تَحُسُّونَهُم بِإِذْنِهِۦ ۖ حَتَّىٰٓ إِذَا فَشِلْتُمْ وَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَعَصَيْتُم مِّنۢ بَعْدِ مَآ أَرَىٰكُم مَّا تُحِبُّونَ ۚ مِنكُم مَّن يُرِيدُ ٱلدُّنْيَا وَمِنكُم مَّن يُرِيدُ ٱلْـَٔاخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۖ وَلَقَدْ عَفَا عَنكُمْ ۗ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ
Wa-laq̣ad ṣadaq̣akumul laahu waʻdahooo ʹiẓ taḥussoonahum̃ biʹiẓnih, ḥattaaa ʹizaa fashiltum wa-tanaazaʻtum fil ʹamri wa-ʻaṣaytum mim baʻdi maaa ʹaraakum maa tuḥibboon. Miñkum mañy yureedud dunyaa wa-miñkum mañy yureedul ʹAakhirah. S̤umma ṣarafakum ʻanhum liyabtaliyakum. Wa-laq̣ad ʻafaa ʻañkum: wal-laahu Ẓoo faḍlin ʻalal Muʹmineen
ދަންނައެވެ. މިއާޔަތްތަކުގައި بيان ވެގެންމިދަނީ أُحُدُ ހަނގުރާމައިގެ ދުވަހު އެ ميدان ގައި مؤمن ން ކުރިން މޮޅުވެ ކާމިޔާބުވުމަށްފަހު رَسُول ﷲ ﷺ ގެ އަމުރުފުޅާ ބައެއް مؤمن ން خلاف ވުމުގެ ސަބަބުން مؤمن ންނަށް ލިބުނު ދެރަކަމާއި ހިތާމައިގެ ވާހަކައިގެ إجمالى ވާހަކަކޮޅެކެވެ. މިޒަމާނުގައި މިއުޅޭ مؤمن ންވެސް ހަނދާންކުރަންވީ ކަމަކީ رَسُول ﷲ ﷺ ގެ أمر ފުޅާ އެއްކަމެއްގައިވެސް خلاف ވެއްޖެއްޔާ ގެއްލުމާ ހިތާމަޔާ މޮޅި ނުލިބިނުދާނެކަމެވެ. އެއީ ޝައްކެއްހުރި ކަމެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ تعالى ކަލޭމެންގެމައްޗަށް އެކަލާނގެ ކުރެއްވި وعد ފުޅު ތެދުކުރެއްވިއެވެ. (އެ وعد ފުޅަކީ رَسُول ﷲ ﷺ ގެ ދޫފުޅުން ކުރައްވާފައިވާ وعد ފުޅެކެވެ. ދުނިވެރިންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭމެން ކަލޭމެންގެ مكان ގައި ثابت ވެތިބޭށެވެ! އަހުރެމެން ދެރަވީ ކަމުގައި ކަލޭމެނަށް ފެނުނަސް ކަލޭމެން ތިޔަތާ ސާބިތުވެތިބިހާހިނދަކު އަހުރެމެންނަކީ ގަދަމީހުންނެވެ." މިއެވެ. މި وعد ފުޅު އެކަލާނގެ ތެދުކޮށް ދެއްވިއެވެ.)\nއެއީ ﷲ ގެ އިޒުނަފުޅަށް ކަލޭމެން مؤمن ންގެ އަތްތަކުން އެމީހުން މަރަމުންދިޔަހިނދުގައެވެ. ކަލޭމެން ފިނޑިވެ ދެރަވެއްޖައުމަށްދާންދެނެވެ. އަދި ﷲ ގެ އަމުރުފުޅާމެދު ކަލޭމެން خلاف ވެ އަދި ކަލޭމެންގެ نبي އާގެ أمرފުޅަށް އުރެދިއްޖައުމަށްދާންދެނެވެ. (ދުނިއުކަން ތިބިމީހުން أمر ފުޅާ خلاف ވެ އެތަން ދޫކޮށްލައްވާދެން إسلام ންގެ لشكر ދިޔައީ ކާމިޔާބުވެ نصر ވެރިވަމުންނެވެ. އެމީހުން އެތަން ދޫކޮށްލައްވާ ހަމަ ދިއުމުން ދެން ހުރިހާ ނާކާމިޔާބަކާއި ދިމާވީއެވެ. ميدان ގަރަބުވެ رَسول އާ އަވަހާރަވީކަމަށްވެސް ކާފަރުން ގޮވައިލީއެވެ. އޭގެސަބަބުން مؤمن ންގެ ހިތްތައް ކަތިވެގެންދިޔައީ ކަނޑީން ކަތިވާވަރަށްވުރެ މާބޮޑަށެވެ.) މިކަންކަން މިހެން ދިމާވީ ކަލޭމެން އެދޭ ކަންތައް ކަލޭމެނަށް ފެނުމަށް ފަހުގައެވެ. (އެއީ نصر އާއި ކާމިޔާބެވެ. ކަލޭމެންގެތެރޭގައި ތިބީ ދުނިޔެ އެދޭމީހުންނާއި އަދި آخرة އެދޭމީހުންނެވެ. (ދުނިޔެ އެދޭމީހުންނަކީ غنيمة މުދަލާއި ދިމާއަށް ދެވުނުމީހުންނެވެ. آخرة އެދުނުމީހުންނަކީ ދުނިއުކުމުގައި ثابت ވެތިބިމީހުންނެވެ.) ދެން އެކަލާނގެ އެމީހުން ފިޔަވައި (އެމީހުންނާދުރަށް) ކަލޭމެން އަނބުރުއްވައި ލެއްވިއެވެ. އެއީ ކަލޭމެން إمتحان ކުރެއްވުމަށެވެ. (رَسول އާގެ أمر ފުޅާއި خلاف ވުމުގެ ދެރަކަން ދެއްކެވުމަށެވެ.) އަދި ހަމަކަށަވަރުން އެކަލާނގެ ކަލޭމެންގެ ކިބައިން އެކަން عفو ކުރެއްވިއެވެ. (އެބަހީ ގެއްލުންތަކެއް މުޅި لشكر އަށް ލިބުމަށްފަހުވެސް އަލުންވެސް لشكر ގެ ކަންތައް ހަމައަކަށް އަޅުއްވައިދެއްވައިފިއެވެ. އެއީ އެކަލާނގެ عفو ކުރެއްވުމުގެ ނަތީޖާއެވެ. އެވަގުތުކޮޅުގެތެރޭގައި ހަތްދިހަ ބޭކަލުން شهيد ވެ رَسُول ﷲ ﷺ زَخَم ވެވަޑައިގެންފައިވެއެވެ.) އަދި ﷲ އީ مؤمن ންގެ މައްޗަށް ނުހަނު އޯގާވަންތަ ކަމުގެ ވެރި ކަލާނގެއެވެ.
-
153
۞ إِذْ تُصْعِدُونَ وَلَا تَلْوُۥنَ عَلَىٰٓ أَحَدٍ وَٱلرَّسُولُ يَدْعُوكُمْ فِىٓ أُخْرَىٰكُمْ فَأَثَـٰبَكُمْ غَمًّۢا بِغَمٍّ لِّكَيْلَا تَحْزَنُوا۟ عَلَىٰ مَا فَاتَكُمْ وَلَا مَآ أَصَـٰبَكُمْ ۗ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ
ʹIẓ tuṣʻidoona wa-laa talwoona ʻalaaa ʹaḥadiñw war-Rasoolu yadʻookum feee ʹukhraakum faʹaṣaabakum g̣ammam big̣ammil likaylaa ṭaḥzanoo ʻalaa maa- faatakum wa-laa maaa ʹaṣaabakum. Wal-laahu Khabeerum bimaa taʻmaloon.
ކަލޭމެން مؤمن ން (مشرك ންގެ حملة ތަކުން ރައްކާތެރިވެގަތުމަށް) ފަރުބަދަމައްޗަށް އަރަން ދުއްވައިގަތްހިނދު ނުވަތަ ميدان ގެ ހުސްތާނގެ ވެލިގަނޑުމަތީ ދުއްވައިގަތްހިނދު (ހަނދުމަފުޅު ކުރައްވާށެވެ!) ކަލޭމެން ހަމައެކަކަށްވެސް އެނބުރި ފަހަތް ބައްލަވައިނުލައި ދިޔަހިނދު رَسُول އާ އަނެއް ފަރާތުގައި އަނެއް جماعة ގައި ހުންނަވައިގެން ކަލޭމެނަށް ގޮވާލައްވަނީއެވެ. (إِلَيَّ عِبَادَ ﷲ - ﷲ ގެ އަޅުތަކުންނޭ ތިމަންކަލޭގެފާނު އަރިހަށް އަންނާށޭ - މިފަދައިން ގޮވާލައްވަނީއެވެ. އަދި ކަލޭމެން ކަލޭމެންގެ نبي އާ ދޫކޮށްފާދިޔަކަމުގެ جزاء އެއްގެގޮތުން) ކަލޭމެންނަށް ހިތާމަޔާ މޮޅިވެރިކަން މަތިމައްޗަށް އެކަލާނގެ ޖެއްސެވިއެވެ. އެއީ ވޭތިވެދިޔަތަނާމެދު ދެން ކަލޭމެން ހިތާމަނުކުރުމަށެވެ. އަދި ކަލޭމެނަށް ޖެހުނުކަންތަކުގެމައްޗަށްވެސް ހިތާމަ ނުކުރުމަށެވެ. އަދި ﷲ އީ ކަލޭމެންކުރާ ކަންތައްތަކުގެ خبر ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
154
ثُمَّ أَنزَلَ عَلَيْكُم مِّنۢ بَعْدِ ٱلْغَمِّ أَمَنَةً نُّعَاسًا يَغْشَىٰ طَآئِفَةً مِّنكُمْ ۖ وَطَآئِفَةٌ قَدْ أَهَمَّتْهُمْ أَنفُسُهُمْ يَظُنُّونَ بِٱللَّهِ غَيْرَ ٱلْحَقِّ ظَنَّ ٱلْجَـٰهِلِيَّةِ ۖ يَقُولُونَ هَل لَّنَا مِنَ ٱلْأَمْرِ مِن شَىْءٍ ۗ قُلْ إِنَّ ٱلْأَمْرَ كُلَّهُۥ لِلَّهِ ۗ يُخْفُونَ فِىٓ أَنفُسِهِم مَّا لَا يُبْدُونَ لَكَ ۖ يَقُولُونَ لَوْ كَانَ لَنَا مِنَ ٱلْأَمْرِ شَىْءٌ مَّا قُتِلْنَا هَـٰهُنَا ۗ قُل لَّوْ كُنتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ ۖ وَلِيَبْتَلِىَ ٱللَّهُ مَا فِى صُدُورِكُمْ وَلِيُمَحِّصَ مَا فِى قُلُوبِكُمْ ۗ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ
S̤umma ʹañzala ʻalaykum min baʻdil g̣ammi ʹamanatan nuʻaasañy yag̣shaa ṭaaaʹifatam miñkum waṭaaaʹifatuñ q̣ad ʹahammathum ʹañfusuhum ya-Z̤̣unnoona bil-laahi g̣ayral ḥaq̣q̣i z̤̣annal jaahiliyyah. Yaq̣ooloona hal lanaa minal ʹamri miñ shayʹ. Q̣ul ʹinnal ʹamra kullahoo lillaah. Yukhfoona feee ʹañfusihim Maa laa- yubdoona lak. Yaq̣ooloona law kaana lanaa minal ʹamri shayʹum maa q̣utilna haahunaa. Q̣ul law kuñtum fee buyootikum labarazal laẓeena kutiba ʻalayhimul q̣atlu ʹilaa maḍaajiʻihim; walliyabtaliyal laahu maa- fee ṣudoorikum waliyumaḥḥiṣa maa- fee q̣uloobikum. Wallaahu ʻAleemum biẓaatiṣ ṣudoor.
ދެން ހިތާމަޔާ މޮޅިޔަށްފަހު ކަލޭމެންގެމައްޗަށް އެކަލާނގެ އަމާންކަން ބާވައިލެއްވިއެވެ. އެ އަމާންކަމަކީ ނިދިޖެހުމެކެވެ. ކަލޭމެންގެތެރެއިން އެއްބަޔަކު އެނިދީގައި ނިވައިވިއެވެ. (އެއީ إخلاص ތެރި مؤمن ންނެވެ. أبوطلحة ކިޔާ ބޭކަލަކު ވިދާޅުވިއެވެ. އެދުވަހު ނިދީގެ ނިވައިކަން ޖެހުނުމީހުންގެތެރޭގައި އަހުރެންވީމުއެވެ. އަހުރެންގެ އަތުން ކަނޑި ދޫވެގެން ވެއްޓުނެވެ. އަދި ކަނޑި ނެގުމުން އަލުންވެސް ވެއްޓުނެވެ. ދެންވެސް ނެގީއެވެ....... = تفسيرا طبري = )\nއަނެއް جماعة އެއްވެއެވެ. އެއީ لشكر ގައިވާ مُنافق ންކަމުގައިވެއެވެ. އެމީހުންނަކަށް ނިންޖެއް ނާދެއެވެ. އެއީ ބިރުންކަމުގައިވިއެވެ. ބިރުން ހުންނަ މީހާ ނިދި ނާންނާނެއެވެ. - އެމީހުންނަށް مُهِمُّ ކަމަކަށް ވެފައިވަނީ ހަމައެކަނި އެމީހުންގެ نفس دفاع ކުރުމެވެ. އަދި އެމީހުން ﷲ އާއި މެދު ހީކުރަނީ حقّ ނޫން ހީއެވެ. (ﷲ حقّ އަށް نصر ނުދެއްވާނެކަމަށެވެ. رَسُول ﷲ ﷺ އާއި مؤمن ން އެކީއެކަށް ހަލާކުވެދާނެކަމުގައެވެ.) އެއީ جاهلية ޒަމާނުގެ ހީކުރުމެކެވެ. އަދި އެމީހުން ބުނެއެވެ. އަހުރެމެންނަކަށް ކަންތަކުގެ އެއްވެސް إختيار އެއް ނުވެއެވެ. (އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ!) ހަމަކަށަވަރުން ހުރިހާކަމެއްވަނީ ﷲ އަށެވެ. އަދި އެމީހުން އެމީހުންގެ نفس ތަކުގައި ކަލޭގެފާނަށް ފާޅުނުކުރާ ކަންތައް ވަންހަނާކުރަނީއެވެ. އެއީ ކާފަރުކަމާއި ޝައްކެވެ. އަދި އެމީހުން ބުނަނީއެވެ. އަހުރެމެންނަށް މިކަމުގައި އެއްވެސް إختيار އެއްވީނަމަ މިތާ އަހުރެމެން (އަހުރެމެންގެތެރެއިން މަރުވިމީހުން) މަރުވެގެންނުދިޔައީއެވެ. - ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކަލޭމެންގެ ގެތަކުގައި (ހަނގުރާމަޔަށް ނުނުކުމެ) ތިބިނަމަވެސް އެމީހެއްގެ މައްޗަށް މަރުވުން ނިޔާކުރެވިފައިވާ މީހެއްނަމަ އެމީހަކު މަރުވާންވީތަނަށް ނުކުމެ ހަމަޖެހޭނެއެވެ. އަދި އެއީ ކަލޭމެންގެ ހިތްތަކުގައިވާ نفاق ކަމުގެ ޝައްކު إمتحان ކޮށްލުމަށެވެ. އަދި ކަލޭމެންގެ ހިތްތަކުގައިވާ ޝައްކާއި وَهْمُ ގެ ތަކެތި ފިލުވާ طاهر ކުރުމަށެވެ. އަދި ﷲ އީ ހިތްތަކުގައިވާ ކަންތައްތަކާއި ތަކެތި ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
155
إِنَّ ٱلَّذِينَ تَوَلَّوْا۟ مِنكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ إِنَّمَا ٱسْتَزَلَّهُمُ ٱلشَّيْطَـٰنُ بِبَعْضِ مَا كَسَبُوا۟ ۖ وَلَقَدْ عَفَا ٱللَّهُ عَنْهُمْ ۗ إِنَّ ٱللَّهَ غَفُورٌ حَلِيمٌ
ʹInnal laẓeena tawallaw miñkum Yawmal taq̣al jamʻaani ʹinnamas tazal-lahumush Shayṭaanu bibaʻḍi maa- kasaboo. Wa-laq̣ad ʻafal laahu ʻanhum: ʹinnal laaha G̣afoorun Haleem.
ހަމަކަށަވަރުން ދެلشكر ބައްދަލުވި أحد ހަނގުރާމައިގެދުވަހު ކަލޭމެންކުރެ ميدان ން ފުރަގަސްދިންމީހުން (ދަންނައެވެ!) އެއީ އެމީހުންނަށް ކުރެވިފައިވާ ބައެއް ފާފައިގެ ސަބަބުން شيطان އާ އެމީހުން ދެރަކޮށް ކުށުގެތެރެއަށް ވައްޓައިލިމީހުންނެވެ. އަދި ހަމަކަށަވަރުން ﷲ تعالى އެމީހުންނަށް عفو ކޮށްދެއްވައިފިއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ކުއްލިއަކަށް عقوبة ނުދެއްވާ ކޯފާމަޑު ކަލާނގެއެވެ.
-
156
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ كَفَرُوا۟ وَقَالُوا۟ لِإِخْوَٰنِهِمْ إِذَا ضَرَبُوا۟ فِى ٱلْأَرْضِ أَوْ كَانُوا۟ غُزًّى لَّوْ كَانُوا۟ عِندَنَا مَا مَاتُوا۟ وَمَا قُتِلُوا۟ لِيَجْعَلَ ٱللَّهُ ذَٰلِكَ حَسْرَةً فِى قُلُوبِهِمْ ۗ وَٱللَّهُ يُحْىِۦ وَيُمِيتُ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
Yaaaʹayyuhal laẓeena ʹaamanoo laa- takoonoo kallaẓeena kafaroo wa-q̣aalooo liʹikhwaanihim ʹiẓaa ḍaraboo fil ʹarḍi ʹaw kaanoo g̣uzzal law kaanoo ʻiñdanaa maa- maatoo wa-maa q̣utiloo; liyajʻalal laahu ẓaalika ḥasratañ fee q̣uloobihim. Wal-laahu yuḥee wa-yumeet, wallaahu bimaa taʻmaloona Baṣeer.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކާފަރުންފަދައިން ނުވާށެވެ! އަދި އެމީހުން އެމީހުންގެ أخ ންނާމެދު އެ أخ ން ވިޔަފާރިކުރުންފަދަކަމަކު ދަތުރަކު ދަންޏާ ނުވަތަ ހަނގުރާމަ ދަތުރަކު ދަންޏާ "އެމީހުންވެސް ދަތުރު ނުކޮށް އަހުރެމެން ގާތުތިބިނަމަ މަރުނުވީހެވެ. އަދި قتل ވެސް ނުވީހެވެ." މިފަދައިން އެމީހުންގެ أخ ންނަށް ބުނިމީހުންފަދައިން ނުވާށެވެ! އެމީހުން އެބަސް އެބުނަނީ ﷲ تعالى އެމީހުން އެބުނި ބުނުން އެމީހުންގެ ހިތްތަކުގައި ހިތާމަޔަކަށް ލެއްވުމަށެވެ. (އެމީހުން އެހެން އެބުނަނީ އެމީހުންގެ އީމާންކަން ދެރަކަމުންނެވެ. އެހެންނޫންނަމަ އެންމެހައި ކަމަކީ ﷲ ގެ ބާރުގެދަށުން ހިނގާކަންތައްކަން އެމީހުން ދަންނަންވާނެއެވެ.)\nއަދި ﷲ تعالى އީ ތަކެތި ދިރުއްވާ އަދިމަރުއްވާ ކަލާނގެއެވެ. އަދި ކަލޭމެންކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.
-
157
وَلَئِن قُتِلْتُمْ فِى سَبِيلِ ٱللَّهِ أَوْ مُتُّمْ لَمَغْفِرَةٌ مِّنَ ٱللَّهِ وَرَحْمَةٌ خَيْرٌ مِّمَّا يَجْمَعُونَ
Wa-laʹiñ q̣utiltum fee Sabeelil laahi ʹaw muttum lamag̣firatum minal laahi wa-raḥmatun khayrum mimmaa yajmaʻoon.
އަދި ކަލޭމެން (މުއުމިނުން) ﷲ ގެމަގުގައި قتل ވީނަމަވެސް ނުވަތަ މަރުވިނަމަވެސް ހަމަކަށަވަރުން ކަލޭމެނަށް ﷲ ގެ حضرة ން ކަނޑައެޅިގެން އެވާ ފާފަފުއްސެވުމާއި އަދި رحمة އެމީހުން އެޖަމާކުރާ ދުނިޔޭގެ ސާމާނަށްވުރެ މާހެޔޮވެގެންވެއެވެ.
-
158
وَلَئِن مُّتُّمْ أَوْ قُتِلْتُمْ لَإِلَى ٱللَّهِ تُحْشَرُونَ
Wa-laʹim muttum ʹaw q̣utiltum laʹilal laahi tuḥsharoon.
އަދި ކަލޭމެން މަރުވިނަމަވެސް އަދި ނުވަތަ قتل ވީނަމަވެސް ކަނޑައެޅިގެން ކަލޭމެން ﷲ ގެ حضرة އަށް محشر ކުރެވޭނެއެވެ. އެއްކުރެއްވޭނެއެވެ. (އަދި އެއްކުރެވޭނީ ހަމައެކަލާނގެ حضرة އަށެވެ.)
-
159
فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ
Fabimaa Raḥmatim minal laahi liñta lahum. Wa-law kuñta faz̤̣z̤̣an g̣aleez̤̣al q̣albi lañ-faḍḍoo min ḥawlik: faʻfu ʻanhum wastag̣fir lahum wa-shaawir-hum fil ʹamr. Faʹiẓaa ʻazamta fatawakkal ʻalal laah. ʹInnal laaha yuḥibbul Mutawakkileen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު މީސްތަކުންނަށް އޯގާވެރިވެ މަޑުމައިތިރި ބޭކަލަކުކަމުގައިވީ ހަމަ ﷲ ގެ رحمة ންނެވެ. އަދި ކަލޭގެފާނަކީ ހަރުކަށި ކުރަކި އަދި ހިތްގަދަ ބޭކަލަކުކަމުގައި ވެވަޑައިގެންނެވިނަމަ ކަލޭގެފާނުންގެ ވަށައިގެން މީސްތަކުން ދުރަށް ހިނގައްޖައީހެވެ. ފަހެ ކަލޭގެފާނު އެމީހުނަށް عفو ކުރައްވާށެވެ! އަދި އެމީހުންގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! އަދި އެކިއެކި ކަންކަމުގައި ކަލޭގެފާނު އެމީހުނާ مشورة ކުރައްވާށެވެ! (އަދި އެމީހުންގެ ވާހަކަ ކަލޭގެފާނު އައްސަވާކަން ކަލޭގެފާނު އެމީހުންނަށް ދައްކަވާށެވެ! އަދި އެމީހުންގެ ފަރާތުން އެހީ ބޭނުންފުޅުކުރައްވާށެވެ!) އަދި ކަލޭގެފާނު ކަމެއްކުރައްވަން عزم ކުރައްވާ ކަނޑައަޅުއްވައިފިއްޔާ ފަހެ ﷲ އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން وكيل ކުރާ މީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
-
160
إِن يَنصُرْكُمُ ٱللَّهُ فَلَا غَالِبَ لَكُمْ ۖ وَإِن يَخْذُلْكُمْ فَمَن ذَا ٱلَّذِى يَنصُرُكُم مِّنۢ بَعْدِهِۦ ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
ʹIñy yañṣurkumul laahu falaa g̣aaliba lakum: wa-ʹiñy yakhẓulkum famañ ẓal laẓee yañ-ṣurukum mim baʻdih? Wa-ʻalal laahi fal-yatawak-kalil Muʹminoon.
ﷲ ކަލޭމެނަށް نصر ދެއްވަންޏާ ފަހެ ކަލޭމެންގެމައްޗަށް ގަދަވާނެ އެހެން ބަޔަކު ނުވެއެވެ. އަދި އެކަލާނގެ ކަލޭމެން ދެރަކުރައްވާ އަދި އެހީވެވޮޑި ނުގަންނަވަންޏާ އެކަލާނގެއަށްފަހު ދެން ކަލޭމެނަށް نصر ދޭނީ ކާކުހެއްޔެވެ؟ (نصر ދޭނޭ މީހަކު ނުވާނެއެވެ.) އަދި ހަމައެކަނި مؤمن ން ﷲ އަށް وكيل ކުރާހުށިކަމެވެ!
-
161
وَمَا كَانَ لِنَبِىٍّ أَن يَغُلَّ ۚ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَـٰمَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
Wa-maa kaana linabiyyin ʹañy yag̣ull. Wa-mañy yag̣lul yaʹti bimaa g̣alla Yawmal Q̣iyaamah; s̤umma tuwaffaa kullu nafsim maa kasabat wahum laa- yuz̤̣lamoon.
އަދި غنيمة މުދާ قواعد ން ނުބަހަނިސް އެއިން އެއްވެސް އެއްޗެއް ބޭނުންކުރުމަކީ އެއްވެސް نبي އަކަށް ހުއްދަކަމެއްނޫނެވެ. އަދި ނު قواعد ން އެއިން އެއްޗެއް ބޭނުންކޮށްފިމީހާ (ދަންނައެވެ!) قيامة ދުވަހުން އެމީހަކު އަންނަހުށީ އެއެއްޗަކާއިގެންނެވެ. (އެމީހެއްގެ ކަރުގައި އެއްޗެއް ބަނދެވިފައިވާނެއެވެ. އެމީހާ އެއިން ސަލާމަތްވާން އެދޭނެއެވެ. އެކަމަކު ސަލާމަތް ނުވެވޭނެއެވެ.) ދެން ކޮންމެ نفس އަކަށްމެ އެ نفس އެއް ކުރިކަމެއްގެ جزاء ފުރިހަމަ ކުރެވޭނެއެވެ. އަދި އެމީހުންނަށް އިތުރު އަނިޔާ ނުލިބެވޭނެއެވެ.
-
162
أَفَمَنِ ٱتَّبَعَ رِضْوَٰنَ ٱللَّهِ كَمَنۢ بَآءَ بِسَخَطٍ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ ۚ وَبِئْسَ ٱلْمَصِيرُ
ʹAfamanit tabaʻa Riḍwaanal laahi kamam baaaʹa bisakhaṭim minal laahi wa-maʹwaahu Jahannam, wa-biʹsal maṣeer?
އަޅެފަހެ ﷲ ގެ ރުއްސެވުމާ تبع ވީމީހާޔާއި ﷲ ގެ حضرة ން ކޯފާޔާއިގެން އެނބުރި އައިމީހާޔާ ހަމައެއްފަދަހެއްޔެވެ؟ (އެހެން ނުވާނެއެވެ.) އަދި ކޯފާޔާއިގެން އައިމީހާގެ ޖާގަޔަކީ قيامة ދުވަހުން ނަރަކައެވެ. އަދި އޭނާ އެނބުރިގޮސް ނިމޭތަން ނުބައިވެގެންވެއެވެ.
-
163
هُمْ دَرَجَـٰتٌ عِندَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ
Hum darajaatun ʻiñdal laah: wallaahu Baṣeerum bimaa yaʻmaloon.
އެމީހުންވަނީ ﷲ ގެ حضرة ގައި ދަރަޖަތަކެއްގައެވެ. (އެބަހީ ﷲ ގެ ރުއްސެވުމާއި ތަބާވީ މީހުންވަނީ ދަރަޖަތަކެއްގައެވެ.) އަދި އެމީހުން ކުރާ ކަންތަކަށް ﷲ ބައްލަވާވޮޑިގެންވެއެވެ.
-
164
لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍ مُّبِينٍ
Laq̣ad mannal laahu ʻalal Muʹmineena ʹiẓ baʻas̤a feehim Rasoolam min ʹañfusihim yatloo ʻalayhim ʹAayaatihee wa-yuzak-keehim wa-yuʻallimu-humul Kitaaba wal-Ḥikmata wa-ʹiñ kaanoo miñ q̣ablu lafee ḍalaalim mubeen.
ހަމަކަށަވަރުން ﷲ تعالى مؤمن ންގެމައްޗަށް نعمة ލައްވާ ދަރުމަވަންތަވެވޮޑިގެންވިއެވެ. އެއީ އެމީހުންގެތެރެއިން އެމީހުން ވާހަކަދައްކާބަހުން އެމީހުންނަށް އެކަލާނގެ رسول ބޭކަލަކު ފޮނުއްވިހިނދުންނެވެ. އެކަލޭގެފާނު އެމީހުންނަށް އެކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާ އަދި އެމީހުން (އެކަލޭގެފާނާ تبع ވުމުން) އެމީހުން ފާފައިން طاهر ކުރައްވާ އަދި އެކަލޭގެފާނު އެމީހުންނަށް ފޮތާއި حكمة (އެބަހީ سنّة) އުގަންނަވައިދެއްވާ ބޭކަލެކެވެ. އަދި އޭގެކުރީގައި އެމީހުން ކަނޑައެޅިގެން بيان ވެގެންވާ މަގުފުރެދުމެއްގައި ވީނަމަވެސްމެއެވެ.
-
165
أَوَلَمَّآ أَصَـٰبَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
ʹA-walammaaa ʹaṣaabatkum muṣeebatuñ q̣ad ʹaṣabtum mis̤layhaa q̣ultum ʹannaa haaẓaa? Q̣ul huwa min ʻiñdi ʹañfusikum: ʹinnal laaha ʻalaa kulli shayʹiñ Q̣adeer.
އަޅެފަހެ ކަލޭމެނަށް مصيبة އެއްޖެހުނު ކޮންމެހިނދެއްގައި (އެބަހީ مشرك ންގެ ފަރާތުން ކަލޭމެނަށް ނާކަމިޔާބުވީމާ) ކަލޭމެން ބުނަނީހެއްޔެވެ. މިއީ ކިހިނެއްޖެހުނު مصيبة އެއްހެއްޔެވެ؟ (އަހުރެމެން މި ހަނގުރާމަކުރަނީ ﷲ ގެ މަގުގައެވެ. އަދި އަހުރެމެންގެތެރޭގައި މިވަނީ وحي ބާވައިލެއްވޭ رسول އެކެވެ. އަދި ﷲ ވަނީ نصر ދެއްވާނެކަމުގެ وعد ފުޅުކުރައްވާފައެވެ.) އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ ހަމަ ކަލޭމެންގެ نفس ތަކުގެ ފަރާތުން އައި مصيبة އެކެވެ. ކަލޭމެންގެތެރެއިން ކޮންމެވެސް ބަޔަކު رسول އާގެ ބަސްފުޅާ خلاف ވުމުގެ ސަބަބުންއައި مصيبة އެކެވެ. އަދި މީގެކުރީ ބަދުރު ހަނގުރާމައިގާ) ކަލޭމެންނަށް أحد ހަނގުރާމައިގާ މިލިބުނުވަރުގެ ދެގުނަ مشرك ންނަށް ކަލޭމެން ދިނީމުއެވެ. ހަމަކަށަވަރުން ކޮންމެކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
166
وَمَآ أَصَـٰبَكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ فَبِإِذْنِ ٱللَّهِ وَلِيَعْلَمَ ٱلْمُؤْمِنِينَ
Wa-maaa ʹaṣaabakum yawmal taq̣al jamʻaani fabiʹiẓnil laahi wa-liyaʻlamal Muʹmineen;
އަދި ދެ لشكر ބައްދަލުވި (أحد ހަނގުރާމައިގެ) ދުވަހު ކަލޭމެން مؤمن ންނަށް އެދިމާވި مصيبة އެއް އެއީ ހަމަ ﷲ ގެ އިޒުނަފުޅަށް ދިމާވިކަމެކެވެ. (ﷲ ގެ قضَاء قَدَرُ ގެފަރާތުން އައިކަމެކެވެ.) އަދި އެއީ مؤمن ންނަށް އެންގެވުމަށެވެ. (އެބަހީ إيمان ކަމުގެ أهل ވެރިންނަކީ ކޮބައިކަންވެސް مؤمن ންނަށް އެންގެވުމަށެވެ.)
-
167
وَلِيَعْلَمَ ٱلَّذِينَ نَافَقُوا۟ ۚ وَقِيلَ لَهُمْ تَعَالَوْا۟ قَـٰتِلُوا۟ فِى سَبِيلِ ٱللَّهِ أَوِ ٱدْفَعُوا۟ ۖ قَالُوا۟ لَوْ نَعْلَمُ قِتَالًا لَّٱتَّبَعْنَـٰكُمْ ۗ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَـٰنِ ۚ يَقُولُونَ بِأَفْوَٰهِهِم مَّا لَيْسَ فِى قُلُوبِهِمْ ۗ وَٱللَّهُ أَعْلَمُ بِمَا يَكْتُمُونَ
Wa-liyaʻlamal laẓeena naafaq̣oo wa-q̣eela lahum taʻaalaw q̣aatiloo fee Sabeelil laahi ʹawid faʻoo. Q̣aaloo law naʻlamu q̣itaalal-lat tabaʻnaakum. Hum lilkufri yawmaʹiẓin ʹaq̣rabu minhum lil-ʹeemaan, Yaq̣ooloona biʹafwaahihim maa laysa fee q̣uloobihim. Wal-laahu ʹAʻlamu bimaa yaktumoon.
އަދި منافق ވީ މީހުންނަށްވެސް އެންގެވުމަށެވެ. (އެބަހީ منافق ންނަށްވެސް إخلاص ތެރި مؤمن ންނާއި منافق ން ރަނގަޅަށް ވަކިކޮށް އެނގުމަށްޓަކައެވެ.) އަދި އެ منافق ންނަށް ބުނެވުނެވެ. ކަލޭމެން ﷲ ގެ މަގުގައި ހަނގުރާމަކުރުމަށް އަންނާށެވެ! ނުވަތަ ميدان ގައި މީހުން ގިނަކޮށް ބައިބޮޑު ކުރުމަށް އަންނާށެވެ! އޭގެ جواب ގައި އެމީހުން ބުނީ ހަނގުރާމައެއްކަހަލަ ހަނގުރާމައެއްވާނެކަން އަހުރެމެންނަށް އެނގޭނަމަ އަހުރެމެން ކަލޭމެނާ تبع ވީމުހެވެ. (އަހުރެމެންނަށް ހީވާގޮތުގައި ތިޔައީ އެއްވެސް ހަނގުރާމައެއް ހިނގާނެކަމެއްނޫނެވެ.) އެދުވަހު އެމީހުން إيمان ކަމަށްވުރެ ކާފަރުކަމަށް ގާތްކަން ބޮޑެވެ. އެމީހުންގެ ހިތްތަކުގައި ނެތްތަކެތި އެމީހުންގެ ދޫތަކުން ބުނަނީއެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކޮށް ނިވައިކޮށްފައިވާ ތަކެތި ﷲ ދެނެވޮޑިގެންވެއެވެ.
-
168
ٱلَّذِينَ قَالُوا۟ لِإِخْوَٰنِهِمْ وَقَعَدُوا۟ لَوْ أَطَاعُونَا مَا قُتِلُوا۟ ۗ قُلْ فَٱدْرَءُوا۟ عَنْ أَنفُسِكُمُ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ
ʹAllaẓeena q̣aaloo liʹikhwaanihim wa-q̣aʻadoo law ʹaṭaaʻoonaa maa q̣utiloo Q̣ul fadraʹoo ʻan ʹañfusikumul mawta ʹiñ kuñtum ṣaadiq̣een.
އެމީހުންނަކީ (އެބަހީ އެ منافق ންނަކީ) އެމީހުން ހަނގުރާމައަށް ނުގޮސް ގޭގައި އިށީނދެތިބެ (مشرك ންކުރެ أحد ހަނގުރާމައިގާ މަރުވި مشرك ންގެ) أخ ންނަށް مخاطب ކުރެވޭގޮތަށް ބުނިމީހުންނެވެ. މި منافق ން ބުންޏެވެ. އެމީހުންވެސް (އެބަހީ އެމަރުވި މީހުންވެސް) އަހުރެމެންނަށް ކިޔަމަންވެގެން ތިބިނަމަ އެ ميدان ގައި މަރުނުވީހެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަކީ ތެދުބުނާ ބަޔަކުކަމުގައިވަންޏާ ކަލޭމެން ނިކަން ކަލޭމެންގެ نفس ތަކުން މަރު ދުރުކޮށްބަލާށެވެ! (ކަލޭމެން މަރުވިޔަނުދޭށެވެ!) އެއީ ވާނެކަމެއްނޫނެވެ.
-
169
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ
Wa-laa taḥsabannal laẓeena q̣utiloo fee Sabilil laahi ʹamwaataa. Bal ʹaḥyaaaʹun ʻiñda Rabbihim yurzaq̣oon;
އަދި ﷲ ގެމަގުގައި ހަނގުރާމަކޮށް قتل ވެ شهيد ވެގެންދިޔަ މީހުންނަކީ މަރުވެފައިވާ ބަޔަކު ކަމުގައި އެއްގޮތަކަށްވެސް ކަލޭމެން ހީނުކުރާށެވެ! އަދި ކިއެއްހެއްޔެވެ؟ އެމީހުންނަކީ އެމީހުންގެ ربّ ގެ حضرة ގައި رزق ލިބިލިބި ތިބޭ حال ދިރިތިބި ބައެކެވެ.
-
170
فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُوا۟ بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
Fariḥeena bimaaa ʹaataahumul laahu miñ faḍlihee wa-yas-tabshiroona billaẓeena lam yalḥaq̣oo bihim min khalfihim ʹallaa khawfun ʻalayhim wa-laa hum yaḥzanoon.
އަދި ﷲ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެމީހުންނަށް ދެއްވިތަކެއްޗާމެދު (عدد ނުކުރެވޭހާ نعمة އާއި كرامة އާއިމެދު) އެމީހުން އުފާކުރެއެވެ. އަދި އެމީހުން شهيد ވެގެންދިޔައިރު شهيد ވެގެން އެމީހުންނާ ބައްދަލުނުވެ ދުނިޔޭގައި އަދި ތިބި މީހުން ގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނެތްކަމާއި އަދި އެމީހުންނަކީ ހިތާމަކުރާނެ ބަޔަކުނޫންކަމުގެ އުފާވެރި خبر ލިބިލިބިއެވެ. އެމީހުންނަށް އެޚަބަރު ދެއްވަނީ ﷲ އެވެ.
-
171
۞ يَسْتَبْشِرُونَ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ وَأَنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُؤْمِنِينَ
Yastabshiroona biniʻmatim minal laahi wa-faḍliñw wa-ʹannal laaha laa yuḍeeʻu ʹajral Muʹmineen.
ﷲ ގެ حضرة ންވާ نعمة އާއި فضل ވަންތަކަމުން އުފާކުރާ حال ގައި އެމީހުންވެއެވެ. އަދި ހަމަކަށަވަރުން مؤمن ންގެ ދަރުމަޔާ ثواب ﷲ ގެއްލެނި ނުކުރައްވާނެއެވެ.
-
172
ٱلَّذِينَ ٱسْتَجَابُوا۟ لِلَّهِ وَٱلرَّسُولِ مِنۢ بَعْدِ مَآ أَصَابَهُمُ ٱلْقَرْحُ ۚ لِلَّذِينَ أَحْسَنُوا۟ مِنْهُمْ وَٱتَّقَوْا۟ أَجْرٌ عَظِيمٌ
ʹAl-laẓeenas tajaaboo lil-laahi war-Rasooli mim baʻdi maaa ʹaṣaabahumul q̣arḥu lil-laẓeena ʹaḥsanoo minhum wattaq̣aw ʹajrun ʻaz̤̣eem.
އެމީހުންނަކީ އެބަހީ އެބައިމީހުންގެ ދަރުމަޔާ ثواب ﷲ ގެއްލެނި ނުކުރައްވާނޭ ކަމަށް މިއެންގެވުނުމީހުންނަކީ އެމީހުން زخم ވެ ފާރުވުމާއި އެކުވެސް އެމީހުން ﷲ އަށާއި رسول އާއަށް އިޖާބަދިން މީހުންނެވެ. އެމީހުންގެ ތެރެއިން ހެޔޮކޮށްހިތައި إحسان ތެރިވެ އަދި އެމީހުން تقوى ވެރިވީމީހުންނަށްހުރީ ބޮޑުވެގެންވާ ދަރުމައެވެ.
-
173
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَـٰنًا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ
ʹAllaẓeena q̣aala lahumun naasu ʹinnan naasa q̣ad jamaʻoo lakum fakhshawhum fazaadahum ʹeemaana: wa-q̣aaloo ḥasbunal laahu wa-Niʻmal Wakeel.
އެމީހުންނަކީ ހަމަކަށަވަރުން ކަލޭމެންނާ ހަނގުރާމަކުރުމަށް މީސްތަކުން އެއްވެ جمع ވެއްޖެއޭ (އެބަހީ أبوسفيان އާއި އޭނާގެ އެކުވެރިން ޖަމާވެއްޖެއޭ) ފަހެ އެހެންވެ ކަލޭމެން އެމީހުންދެކެ ބިރުގަންނާށޭ! މިހެން މީސްތަކުން އައިސް ގޮވާލެވުނު މީހުންނެވެ. (މިއާޔަތުގައި މިފަހުން މިނަންގަނެވުނު މީސްތަކުންނޭ އޮތްބަސްފުޅުގެ މުރާދަކީ أبوسفيان ފޮނުވި އެންމެ أَعْرَابى އަކުކަމުގައި ބައެއް مفسّرން ލިއުއްވައެވެ.) ދެންފަހެ މިމީހަކު އައިސް މިހެން ގޮވާލެވުމުން محمّد ﷺ އަށާއި އެކަލޭގެފާނުންގެ أصحاب ންނަށް އިތުރުވެގެންދިޔައީ އީމާންކަމެވެ. އަދި އެބޭކަލުން ވިދާޅުވީ އަހުރެމެންނަށް ﷲ ފުދެއެވެ. (އަހުރެމެން وكيل ކޮށް އިތުބާރުކުރަނީ ﷲ އަށެވެ.) އެކަލާނގެއީ وكيل ކޮށް އިތުބާރުކުރުމަށް އެންމެ ރަނގަޅުވެގެންވާ ފަރާތެވެ.
-
174
فَٱنقَلَبُوا۟ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوٓءٌ وَٱتَّبَعُوا۟ رِضْوَٰنَ ٱللَّهِ ۗ وَٱللَّهُ ذُو فَضْلٍ عَظِيمٍ
Fañ-q̣alaboo biniʻmatim minal laahi wa-faḍlil lam yam-sashum soooʹuñw wattabaʻoo Riḍ-waanal laah: wal-laahu Ẓu faḍlin ʻAz̤̣eem.
ދެންފަހެ (أبوسفيان ގެ لشكر އާ ދިމާއަށް ނުކުންނެވި އިސްލާމުންގެ ބޭކަލުން ދަންނައެވެ!) އެބޭކަލުން އެނބުރި ވަޑައިގެންނެވީ ﷲ ގެ حضرة ން نعمة އާއި فضل ވަންތަވެރިކަމާއިގެންނެވެ. އަދި އެބޭކަލުންނަށް އެއްވެސް ބާވަތެއްގެ ނުބައެއް - ނުރައްކަލެއް ދިމާއެއް ނުވެއެވެ. އަދި އެބޭކަލުން تبع ވެވަޑައިގެންނެވީ ﷲ ގެ ރުއްސެވުމާއިއެވެ. (އެއީ رَسول އާގެ އެންގެވުމަށް عدوّ ންގެ ފަހަތުން އެމީހުން އަތުލައިގަތުމަށް ނުކުމެވަޑައިގެންނެވުމެވެ. رَسولއާއި تبع ވެވަޑައިގަތުމުން އެބޭކަލުންނަށް ލިބިވަޑައިގެންނެވި ރުހިވޮޑިގަތުމެވެ.) އަދި ﷲ އީ ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިކަލާނގެއެވެ.
-
175
إِنَّمَا ذَٰلِكُمُ ٱلشَّيْطَـٰنُ يُخَوِّفُ أَوْلِيَآءَهُۥ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ
ʹInnamaa ẓaalikumush Shayṭaanu yukhawwifu ʹawliyaaaʹah. Falaa takhaafoohum wa-khaafooni ʹiñ kuñtum Muʹmineen.
ހަމަކަށަވަރުން އެއީ އެއަޑަކީ: (އެބަހީ ހަމަކަށަވަރުން މީސްތަކުން ކަލޭމެނާ ހަނގުރާމަކުރުމަށް ޖަމާވެއްޖެޔޭ ކަލޭމެން އެމީހުނަށް ބިރުގަންނާށޭ!) މިހެން ގޮވާލި އަޑަކީ شيطان އާ ކޮންމެވެސް މީހެއްގެ އަނގަޔަށް އެއްލި كلمة ތަކެކެވެ. އެއީ شيطان އާ އޭނާގެ އެހީތެރިން ލައްވައި (أبوسفيان އާއި އޭނާގެ އެކުވެރިން ލައްވައި) ކަލޭމެން مؤمن ން ބިރުގަންނަވަން ގޮވިގޮވުމެކެވެ. ފަހެ ކަލޭމެން އެމީހުންނަށް ބިރުނުގަންނާށެވެ! އަދި ކަލޭމެންނަކީ مؤمن ންކަމުގައިވަންޏާ ހަމައެކަނި ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! * ދަންނައެވެ! އިސްވެދިޔަ ހަތަރު އާޔަތުގައި އިޝާރާތްވެގެން އެދަނީ أحد ހަނގުރާމައިގެ ކަންތައް ނިމިގެން رسول ﷲ ﷺ ގެ أمر ފުޅަށް ކިޔަމަންތެރިވުމުގެގޮތުން زَخَم ތަކާއިއެކުވެސް ނުކުމެވަޑައިގަތް ބޭކަލުންގެވާހަކައެވެ. ނަތީޖާއަކަށްވީ އެބޭކަލުންނަށް އެއްވެސް އުނދަގުލެއް ގެއްލުމެއް ނުވެ ﷲ އާއި رسول އާއަށް ކިޔަމަންތެރިވުމުގެ ނަސީބު ލިބުމާއިއެކު ސަލާމަތުން އެނބުރި رجوع ވުމެވެ.
-
176
وَلَا يَحْزُنكَ ٱلَّذِينَ يُسَـٰرِعُونَ فِى ٱلْكُفْرِ ۚ إِنَّهُمْ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا ۗ يُرِيدُ ٱللَّهُ أَلَّا يَجْعَلَ لَهُمْ حَظًّا فِى ٱلْـَٔاخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ
Wa-laa yaḥzuñkal laẓeena yusaariʻoona fil kufr: ʹinnahum lañy yaḍurrul laaha shayʹaa. Yureedul laahu ʹallaa yajʻala lahum ḥaz̤̣z̤̣añ fil ʹAakhirati wa-lahum ʻaẓaabum ʻaz̤̣eem.
(އޭ رسول ﷲ އެވެ!) ކާފަރުކަމުގައި އަވަސްވެގަންނަމީހުންނާއިމެދު ކަލޭގެފާނު ހިތާމަފުޅު ވިޔަނުދެއްވާށެވެ! ހަމަކަށަވަރުން އެމީހުންނަކަށް ﷲ އަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުކުރެވޭނެއެވެ. ﷲ އެދިވޮޑިގަންނަވަނީ آخرة ގައި އެމީހުންނަށް އެއްވެސް نصيب އެއް ނުލެއްވުމަށެވެ. އަދި އެމީހުންނަށް قيامة ދުވަހުން ހުރީ ބޮޑުވެގެންވާ عذاب އެވެ.
-
177
إِنَّ ٱلَّذِينَ ٱشْتَرَوُا۟ ٱلْكُفْرَ بِٱلْإِيمَـٰنِ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَلَهُمْ عَذَابٌ أَلِيمٌ
ʹInnal laẓeenash tarawul kufra bil-ʹeemaani lañy yaḍurrul laaha shayʹaa; wa-lahum ʻaẓaabun ʹaleem.
ހަމަކަށަވަރުން އީމާންކަންދީފާ ކާފަރުކަން ގަންނަ މީސްތަކުން (އެބަހީ އީމާންކަން ކާފަރުކަމަށް ބަދަލުކުރާ މީހުން) ދަންނައެވެ! އެއްވެސް ގޮތަކުން އެއްވެސްކަމަކުންވިޔަސް އެމީހުންނަށް ﷲ އަކަށް އުނދަގުލެއް އަދި ގެއްލުމެއްވިޔަސް ނުދެވޭނެއެވެ. އަދި قيامة ދުވަހުން އެމީހުންނަށް ހުންނަހުށީ ހަމަ ވޭންދެނިވި عَذَاب އެކެވެ.
-
178
وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوٓا۟ أَنَّمَا نُمْلِى لَهُمْ خَيْرٌ لِّأَنفُسِهِمْ ۚ إِنَّمَا نُمْلِى لَهُمْ لِيَزْدَادُوٓا۟ إِثْمًا ۚ وَلَهُمْ عَذَابٌ مُّهِينٌ
Wa-laa yaḥ-sabannal laẓeena kafarooo ʹannamaa numlee lahum khayrulli ʹañfusihim: ʹinnamaa numlee lahum liyazdaadooo ʹis̤maa: wa-lahum ʻaẓaabum muheen.
އަދި ކާފަރުވީ މީސްތަކުން އެމީހުންނަށް ތިމަންރަސްކަލާނގެ مُهْلَة ދެއްވާ ތަންވަޅު ދެއްވުން އެއީ އެމީހުންގެ نفس ތަކަށްވާ ހެޔޮކަމެއްކަމުގައި އެމީހުން އެއްގޮތަކަށްވެސް ހީނުކުރާހުށިކަމެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް مُهْلَة ދެއްވާ ވަގުތުދެއްވާ ހައްދަ ވަނީ އެމީހުންގެ ފާފަ އިތުރުކުރުމަށެވެ. (ގިނަދުވަހު ފާފަކުރުމުން عذاب ގިނަވާނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ.) އަދި އެމީހުންނަށް قيامة ދުވަހުން ހުންނަހުށީ ހަމަ އިހާނާތްތެރިވެގެންވާ عذاب އެކެވެ.
-
179
مَّا كَانَ ٱللَّهُ لِيَذَرَ ٱلْمُؤْمِنِينَ عَلَىٰ مَآ أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ ٱلْخَبِيثَ مِنَ ٱلطَّيِّبِ ۗ وَمَا كَانَ ٱللَّهُ لِيُطْلِعَكُمْ عَلَى ٱلْغَيْبِ وَلَـٰكِنَّ ٱللَّهَ يَجْتَبِى مِن رُّسُلِهِۦ مَن يَشَآءُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ فَلَكُمْ أَجْرٌ عَظِيمٌ
Maa- kaanal lahu liyaẓaral Muʹmineena ʻalaa maaa ʹañtum ʻalayhi ḥattaa yameeẓal khabees̤a minaṭ ṭayyib. Wa-maa kaanal laahu liyuṭliʻakum ʻalal g̣aybi wa-laakinnal laaha yajtabee mir rusulihee mañy yashaaaʹ. Faʹaaminoo billaahi wa-rusulih. Wa-ʹiñ tuʹminoo wa-tattaq̣oo falakum ʹajrun ʻaz̤̣eem.
مؤمن ންނޭކިޔައިގެން އެއުޅޭ އެންމެން އެމީހުން ހަމަ އެތިބިގޮތަށް އޭގެތެރޭގައިތިބި ވިޔާނުދާ ނުބައިމީހުންނާއި ރަނގަޅު تقوى ވެރިން ވަކި ނުކުރައްވައި (ނުވަތަ ރަނގަޅު مؤمن ންނާއި مؤمن ންނޭކިޔައިގެން منافق ވެގެން އުޅޭމީހުންނާއި ވަކި ނުކުރައްވައި) ހަމަ އެހެން ދޫކޮށްލާނޭ ކަލަކުކަމުގައި ﷲ ނުވެއެވެ. (إمتحان ކުރައްވައި ދެބައި ވަކިކުރައްވާ ހުއްޓެވެ.) އަދި ކަލޭމެނަށް غَيْبُ އަންގަވާ ހާމަކުރައްވާނޭކަލަކުކަމުގައިވެސް ﷲ ނުވެއެވެ. އަދި އެހެންނަމަވެސް (އެކަލާނގެ އެދިވޮޑިގަންނަވާ މިންވަރަކަށް غَيْبُ އެންގެވުމަށް) އެކަލާނގެ ފޮނުއްވާ رَسول ބޭކަލުންކުރެ ބައެއްބޭކަލުން އެކަލާނގެ خاصّ ކުރައްވާ إختيار ކުރައްވައެވެ. ފަހެ ކަލޭމެން ﷲ އަށާއި އެކަލާނގެ رسول ންނަށް އީމާންވާށެވެ! އަދި ކަލޭމެން އީމާންވެއްޖެއްޔާ އަދި ކަލޭމެން تقوى ވެރިވެއްޖެއްޔާ ފަހެ ކަލޭމެންނަށް ހުރީ ބޮޑުވެގެންވާ ދަރުމައެވެ. ثواب އެވެ.
-
180
وَلَا يَحْسَبَنَّ ٱلَّذِينَ يَبْخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا۟ بِهِۦ يَوْمَ ٱلْقِيَـٰمَةِ ۗ وَلِلَّهِ مِيرَٰثُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
Wa-laa yaḥ-sabanaal laẓeena yab-khaloona bimaaa ʹaataahumul laahu miñ faḍlihee huwa khayral lahum: bal huwa sharrul lahum: sayuṭawwaq̣oona maa- bakhiloo bihee Yawmal Q̣iyaamah Wa-lillaahi meeraas̤us samaawaati wal-ʹarḍ: wal-laahu bimaa taʻmaloona Khabeer.
އަދި ﷲ تعالى އެކަލާނގެ فضل ވަންތަކަމުގެތެރެއިން އެބައިމީހުންނަށް ދެއްވިތަކެއްޗަށް بَخِيْلُ ވެގަންނަ މީހުން (ﷲ ގެމަގުގައި ކުރުން لاَزم ވާ خرد ތައްނުކޮށް بَخِيْلُ ވާމީހުން) އެއީ އެމީހުންނަށްވާ ހެވެއްކަމުގައި އެއްގޮތަކަށްވެސް އެމީހުން ހީނުކުރާހުށިކަމެވެ! އަދި ކިއެއްހެއްޔެވެ؟ އެއީ އެމީހުންނަށްވާ ނުބައެކެވެ. އެމީހުން بَخِيْلُ ވެގެން خرد ނުކޮށް އެބެހެއްޓި ތަކެތި قيامة ދުވަހުން އެމީހުންގެ ކަނދުރާތަކުގައި ވަށައިގެން އެޅެވޭނެއެވެ. (އެއީ އަލިފާނުން ވަށާލެވިފައިވާ އުޅައެއްކަމަށާއި / އަދި އެއީ ބޮޑުހަރުފައެއްކަމަށާ މިގޮތްގޮތަށް ބުނެވިފައިވެއެވެ. والله أعلم. - އަދި އުޑުތަކާއި ބިމުގެ ވާރުތަ مِلْكُ ވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި ކަލޭމެންކުރާ ކަންތައްތަކުގެ خبر ﷲ ދެނެވޮޑިގެންވެއެވެ.
-
181
لَّقَدْ سَمِعَ ٱللَّهُ قَوْلَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ فَقِيرٌ وَنَحْنُ أَغْنِيَآءُ ۘ سَنَكْتُبُ مَا قَالُوا۟ وَقَتْلَهُمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ وَنَقُولُ ذُوقُوا۟ عَذَابَ ٱلْحَرِيقِ
Laq̣ad samiʻal laahu q̣awlal laẓeena q̣aaloo ʹinnal laaha faq̣eeruñw wanaḥnu ʹag̣niyaaaʹ Sanaktubu maa- q̣aaloo wa-q̣at-lahumul ʹAmbiyaaʹa big̣ayri ḥaq̣q̣iñw wanaq̣oolu ẓooq̣oo ʻaẓaabal ḥareeq̣!
ހަމަކަށަވަރުން ﷲ އީ فقير ކަލެކޭ އަދި އަހުރެމެންނީ މުއްސަނދީންނޭ މިހެން ބުނިމީހުންގެ އެބުނި ބުނުމުގެ އަޑު ކަށަވަރުންވެސް ﷲ އައްސަވާވޮޑިގެންވެއެވެ. (އެބަސްބުނީ يهودي ންގެ ބައެކެވެ.) ﷲ تعالى وحي ކުރެއްވިއެވެ. އެމީހުން އެބުނި އެއްޗެއް ނިކަންހުރެ ތިމަންރަސްކަލާނގެ ލިއުއްވާހުށީމެވެ. އަދި އެމީހުން އެއްވެސް حقّ އަކާއިނުލައި نبي ބޭކަލުން قتل ކުރުމާއި މިކަންކަމުގެ ސަބަބުންނާއި ކަލޭމެން އަލިފާނުގެ عذاب ގެ ރަހަ ލިބިގަންނާށޭ އެމީހުންނަށް ތިމަންރަސްކަލާނގެ އަންގަވާހުށީމެވެ.
-
182
ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ
Ẓaalika bimaa q̣addamat ʹaydeekum wa-ʹannal laaha laysa bi-Z̤̣allaamil lilʻabeed.
އެ عذاب އެދެއްވަނީ ކަލޭމެންގެ އަތްތަކުން ކަލޭމެން ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ تعالى ވޮޑިގެންނުވެއެވެ.
-
183
ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ عَهِدَ إِلَيْنَآ أَلَّا نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍ تَأْكُلُهُ ٱلنَّارُ ۗ قُلْ قَدْ جَآءَكُمْ رُسُلٌ مِّن قَبْلِى بِٱلْبَيِّنَـٰتِ وَبِٱلَّذِى قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِن كُنتُمْ صَـٰدِقِينَ
ʹAllaẓeena q̣aalooo ʹinnal laaha ʻahida ʹilaynaa ʹallaa nuʹmina li-Rasoolin ḥattaa yaʹtiyanaa biq̣urbaaniñ taʹkuluhun Naar. Q̣ul q̣ad jaaaʹakum rusulum miñ q̣ablee bil-Bayyinaati wa-billaẓee q̣ultum falima q̣atal-tumoohum ʹiñ kuñtum ṣaadiq̣een?
އަދި އެމީހުންނަކީ މިހެން ބުނި މީހުންނެވެ. "ﷲ تعالى އަހުރެމެންނަށް وصيّة ކުރައްވާފައިވަނީ ކޮންމެ رسول ބޭކަލަކުވެސް އެބޭކަލަކު އަހުރެމެންގެ ގާތަށް قربان އާއިގެން ވަޑައިގެންނެވިއްޔާމެނުވީ އެބޭކަލަކަށް އަހުރެމެން އީމާންނުވުމަށެވެ. އަދި އެގެންނަވާ ޤުރްބާނެއް އަލިފާންގަނޑު ކައިލަންވާނެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެކުރިން رسول ބޭކަލުން ވަޑައިގެންނެވިއެވެ. ބަޔާންވެގެންވާ دليل ތަކާއިގެންނެވެ. އަދި އެބޭކަލުން ވަޑައިގެންނެވީ ކަލޭމެން ތިޔަބުނި ކަންތަކާއިގެންނެވެ. (ކަލޭމެން އެދުނުގޮތަށް ކަންތައްވުމާއިއެކުވެސް ކަލޭމެން އޭގެބައެއް ބޭކަލުން قتل ކުރީމުއެވެ.) ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ. ފަހެ ކަލޭމެން އެބޭކަލުން قتل ކުރީ ކީއްވެގެންހެއްޔެވެ؟\n* ދަންނައެވެ! (إسلام دين އައުމުގެކުރިން މީހަކު صدقاة އެއްކޮށް އެ صدقاة އެއް ﷲ قبول ކުރައްވައިފިއްޔާ މަތިން އަންނަ އަލިފާނެއް އައިސް އެއެއްޗެއް އަންދައިލައެވެ. އަންދައިނުލައިފިއްޔާ އެ صدقاة އެއް قبول ނުވެވުނީއެވެ.)
-
184
فَإِن كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِّن قَبْلِكَ جَآءُو بِٱلْبَيِّنَـٰتِ وَٱلزُّبُرِ وَٱلْكِتَـٰبِ ٱلْمُنِيرِ
Faʹiñ kaẓ-ẓabooka faq̣ad kuẓ-ẓiba rusulum miñ q̣ablika jaaaʹoo bil-Bayyinaati waz-Zuburi wal-Kitaabil Muneer.
(އޭ رسول ﷲ އެވެ!) އެމީހުން ކަލޭގެފާނުން ދޮގުކުރިޔަސް (އެއީ عجائب ކަމެއްނޫނެވެ.) ފަހެ ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގެ رسول ންވެސް ދޮގުކުރެވުނެވެ. (ކުރީގެ أمّة ތަކުގެ މީހުންވެސް އެމީހުން ގާތަށް ވަޑައިގެންނެވި رسول ން ދޮގުކުރިއެވެ.) އެބޭކަލުން ވަޑައިގެންނެވީ ބަޔާންވެގެންވާ دليل އާއި އަދި އަލިކުރާ ފޮތްތަކާއިގެންނެވެ.
-
185
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَـٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَـٰعُ ٱلْغُرُورِ
Kullu nafsiñ ẓaaaʹiq̣atul mawt. Wa-ʹinnamaa tuwaffawna ʹujoorakum Yawmal Q̣iyaamah. Famañ zuḥziḥa ʻanin naari wa-ʹudkhilal Jannata faq̣ad faaz. Wa-mal ḥayaatud dunyaaa ʹillaa mataaʻul g̣uroor.
ކޮންމެ نفس އަކީ މަރުގެރަހަ ލިބޭނޭ އެއްޗެކެވެ. ކަލޭމެންގެ (عمل ތަކުގެ) ދަރުމަ ކަލޭމެނަށް ފުރިހަމަ ކުރެވޭނެކަންކަށަވަރީ قيامة ދުވަހުންނެވެ. ފަހެ (އެދުވަހުން) ނަރަކައިން ދުރުވެ ސުވަރުގެ ވަދެވިއްޖެމީހާ ހަމަކަށަވަރުން ނަސީބުވެރިވެއްޖެއެވެ. އަދި ދުނިޔޭގެ މިދިރިއުޅުމަކީ ހެއްލުންތެރިވެވޭ ކުޑަ އަރާމުކޮޅެއްކަމުގައި މެނުވީ ނުވެއެވެ.
-
186
۞ لَتُبْلَوُنَّ فِىٓ أَمْوَٰلِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَمِنَ ٱلَّذِينَ أَشْرَكُوٓا۟ أَذًى كَثِيرًا ۚ وَإِن تَصْبِرُوا۟ وَتَتَّقُوا۟ فَإِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ
Latublawunna feee ʹamwaalikum wa-ʹañfusikum; wa-latasmaʻunna minal laẓeena ʹootul Kitaaba miñ q̣ablikum wa-minal laẓeena ʹashrakooo ʹaẓañ kas̤eeraa. Wa-ʹiñ taṣbiroo wa-tattaq̣oo faʹinna ẓaalika min ʻazmil ʹumoor.
އަދި ހަމަކަށަވަރުން ކަލޭމެންގެ މުދަލުގައި (ބަލާ މުސީބާތްޖެހި ހަލާކުވުންފަދަ ކަންތައް މެދުވެރިކުރައްވައި) ކަލޭމެން إمتحان ކުރައްވާހުށީމެވެ. އަދި ކަލޭމެންގެ ގާތްތިމާގެ މީހުން މަރުވުންފަދަ ހިތްދަތިވާ ޒާތުގެ ކަންތައް މެދުވެރިކުރައްވައިގެންވެސް ކަލޭމެން (ގެ އީމާންކަން) إمتحان ކުރައްވާ ހުށީމެވެ. އަދި أهل كتاب ންގެ ކިބައިންނާއި އަދި شِرك ކުރިމީހުންގެ ކިބައިން އުނދަގޫވާފަދަ އެތައް ލަފުޒެއް ހަމަކަށަވަރުންވެސް ކަލޭމެން އަހާނެއެވެ. (އެފަދަ މީސްމީހުން ބުނާނެއެވެ. ﷲ އެއީ فقير ކަލެކެވެ. އަހުރެމެން މިއީ މުއްސަނދިންނެވެ. އަދި އެމީހުން ބުނެއެވެ. ﷲ فقير ވެގެން ހޭދަ ނުކުރުމަށް އެކަލާނގެ އަތްޕުޅުވަނީ ކަސްތޮޅު އެޅެވިފައެވެ. ފަހެ މިފަދަ މިފަދަ ބަސްބަހަކީ ތެދުވެރި مؤمن އެއްގެ ހިތަށް ވަރަށް އުނދަގޫތައްވާނެ كلمة އެވެ. ﷲ އަށްޓަކައި مؤمن އަޅާގެ ހިތުގައިވާ ލޯބިވެތިކަމާ غيرة ތެރިކަން އުތުރިގަންނަވަރުގެ ބަސްބަހެވެ. ދެން އެކަލާނގެ އެ އަންގަވަނީ) ކަލޭމެން (مؤمن ން) ކެތްތެރިވެ تقوى ވެރިވެއްޖެއްޔާ ހަމަކަށަވަރުން އެއީ އެމީހުންގެ އީމާންކަން ފުރިހަމަކަމުގެ ދަލީލެކެވެ. - އެބަހީ އެކެތްތެރިކަމާއި އެ تقوى ވެރިކަމަކީ އެކަންކަމަށް ﷲ أمر ކުރައްވާފައިވާ މަތިވެރި ކަންކަމެވެ. (عَزْمُ ވަރުގަދަ މީހުންނަށް މެނުވީ ނުވާނެކަންކަމެވެ.)
-
187
وَإِذْ أَخَذَ ٱللَّهُ مِيثَـٰقَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ لَتُبَيِّنُنَّهُۥ لِلنَّاسِ وَلَا تَكْتُمُونَهُۥ فَنَبَذُوهُ وَرَآءَ ظُهُورِهِمْ وَٱشْتَرَوْا۟ بِهِۦ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ
Wa-ʹiẓ ʹakhaẓal laahu Mees̤aaq̣al laẓeena ʹootul Kitaaba latubayyinunnahoo lin-naasi wa-laa taktumoonah; fanabaẓoohu waraaaʹa z̤̣uhoorihim washtaraw bihee s̤amanañ q̣aleelaa. Fabiʹsa maa- yashtaroon.
އަދި ފޮތްދެވުނު މީހުންގެކިބައިން (އެބަހީ يهودي ންނާ نصارى އިންގެކިބައިން) ﷲ تعالى عَهْدُ ކަށަވަރު ހިއްޕެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެ عَهْدُ ކަށަވަރަކީ ކަލޭމެން އެކަން މީހުންނަށް بَيان ކޮށްދެއްވާށެވެ! (އެބަހީ محمّد ﷺ ގެ رَسول ކަމާއި އެކަލޭގެފާނުންގެ خبر ތައް މީސްތަކުންނަށް بيان ކޮށްދެއްވާށެވެ!) އަދި އެކަން ކަލޭމެން ވަންހަނާ ނުކުރާށެވެ! ދެންފަހެ އެމީހުން އެކަން (އެ عَهْدُ ކަށަވަރު) އެމީހުންގެ ފުރަގަހަށް އެއްލައި ލައިފިއެވެ. (އެމީހުންނަށް ކުރުމަށް އެންގި ކަންތައް ނުކުރިއެވެ.) އަދި ދުނިޔޭގެ ދާދި ކުޑަކުޑަ ފައިދާކޮޅަކަށް އެމީހުން އޭތި ވިއްކައިފިއެވެ. (އޭތި ދީފާ ކުޑަފައިދާކޮޅެއް އެމީހުން ގަނެފިއެވެ. محمّد ގެފާނާބެހޭ خبر ތައް އެމީހުން ވަންހަނާކޮށް މީސްތަކުންނަށް އޮޅުވައިލީއެވެ.) ފަހެ އެމީހުން އެ އެއްޗެއްދީފައި އެގަތް އެތީގެ ނުބައިކަން ބޮޑުވެގެންވެއެވެ.
-
188
لَا تَحْسَبَنَّ ٱلَّذِينَ يَفْرَحُونَ بِمَآ أَتَوا۟ وَّيُحِبُّونَ أَن يُحْمَدُوا۟ بِمَا لَمْ يَفْعَلُوا۟ فَلَا تَحْسَبَنَّهُم بِمَفَازَةٍ مِّنَ ٱلْعَذَابِ ۖ وَلَهُمْ عَذَابٌ أَلِيمٌ
Laa- taḥ-sabannal laẓeena yaf-raḥoona bimaaa ʹataw Wa yuḥibboona ʹañy yuḥmadoo bimaa lam yafʻaloo falaa taḥ-sa-bannahum̃ bimafaazatim minal ʻaẓaab. Walahum ‘azaabun Aleem
އަދި ތިމާމެނަށް އެލިބުނު (ދުނިޔޭގެ ފައިދާކޮޅާމެދު) އުފާކުރާމީހުން އަދި އެމީހުން ނުކުރާ ކަންތަކުން އެމީހުންނަށް مَدَحَ އާއި تَعْرِيْفُ ލިބުމަށް ލޯބިކުރާމީހުން عذاب ން ސަލާމަތްވެގެންވާނޭކަމުގައި އެއްގޮތަކަށްވެސް ކަލޭގެފާނު ހީފުޅު ނުކުރައްވާށެވެ! އަދި އެމީހުންނަށްހުރީ ވޭންދެނިވި عذاب އެވެ. (މިއީ محمّد ﷺ ގެ خبر ތައް ވަންހަނާކޮށް އަދި އެކަމަށް އުފާކުރި يهودي ންނާއި نصارى އިންގެ ވާހަކަކަމުގައި تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. والله أعلم)
-
189
وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Wa-lillaahi mulkus samaawaati wal-ʹarḍi: wal-laahu ʻalaa kulli shayʹiñ Q̣adeer.
އަދި އުޑުތަކާއިބިމުގެ މުޅިވެރިކަމާއި އެތަންތާގައި ވާހާ އެއްޗެއް މިލްކުވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި ކޮންމެކަމެއްގެމައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
190
إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَـٰتٍ لِّأُو۟لِى ٱلْأَلْبَـٰبِ
ʹInna fee khalq̣is samaawaati wal-ʹarḍi wakhtilaafil layli wan-nahaari laʹAayaatil liʹulil ʹalbaab.
ހަމަކަށަވަރުން އުޑުތަކާއި ބިންހެއްދެވުމުގައި އަދި ރޭގަނޑާއި ދުވާލު ތަފާތުކުރެއްވުމުގައި އެކައްޗަށްފަހު އަނެކަތި އަންނާނޭގޮތް ލެއްވުމާއި މިކަންކަމުގައި ﷲ ގެ އެއްކައުވަންތަކަމާއި قدر ތެރިކަމުގެމައްޗަށް دليل ކުރާ حجّة ތަކާއި ހެކިތައްވާކަންކަށަވަރެވެ. އެއީ އެކަންކަމަށް ވިސްނާ فِكرކޮށްހަދާ ބުއްދިވެރިންނަށެވެ.
-
191
ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَـٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَـٰطِلًا سُبْحَـٰنَكَ فَقِنَا عَذَابَ ٱلنَّارِ
ʹAl-laẓeena yaẓ-kuroonal laaha q̣iyaamanw waq̣uʻoodañw waʻalaa junoobihim wa-yata-fakkaroona fee khalq̣is samaawaati wal-ʹarḍ: Rabbanaa maa- khalaq̣ta haaẓaa baaṭilaa! Subḥaanaka faq̣inaa ʻaẓaaban Naar!
އެމީހުންނަކީ (އެބަހީ އެބުއްދިވެރިންނަކީ) އެމީހުންކޮޅަށްތިބޭ حال ގައްޔާއި އިށީނދެތިބޭ حال ގައްޔާއި އަދި އެމީހުން އަރިކަށިމައްޗަށް އަރިޔަށް އޮށޯވެ އޮންނައިރު ގައިވެސް ﷲ އަށް ذِكر ކޮށް އެކަލާނގެ ހަނދާންކުރާ މީހުންނެވެ. އަދި އުޑުތަކާއި ބިން ހެއްދެވިފައިވާ ގޮތާއިމެދު އެމީހުން فِكر ކޮށް ވިސްނާހަދާމިހުންނެވެ. (އަދި އެމީހުން ދަންނަވައެވެ.) އޭއަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ މިތަކެތި باطل ގޮތުގައި (އެއްވެސް ފައިދާއެއްނެތް ބޭކާރުގޮތުގައި) ނުހައްދަވަމުއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. ފަހެ އަޅަމެން އަލިފާނުގެ عذاب ން ސަލާމަތްކޮށްދެއްވާނދޭވެ!
-
192
رَبَّنَآ إِنَّكَ مَن تُدْخِلِ ٱلنَّارَ فَقَدْ أَخْزَيْتَهُۥ ۖ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ
Rabbanaaa ʹinnaka mañ tud-khilin Naara faq̣ad ʹakhzaytah: wa-maa liz̤̣z̤̣aalimeena min ʹañṣaar!
އޭ އަޅަމެންގެ ربّ އެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ ނަރަކައަށް ވައްދަވައިފި އަޅަކު ކަށަވަރުންވެސް އެއަޅަކު އިބަރަސްކަލާނގެ ގެއްލެނިކުރައްވާ ނިކަމެތި ކުރައްވައިފީމުއެވެ. އަދި އަނިޔާވެރިންނަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.
-
193
رَّبَّنَآ إِنَّنَا سَمِعْنَا مُنَادِيًا يُنَادِى لِلْإِيمَـٰنِ أَنْ ءَامِنُوا۟ بِرَبِّكُمْ فَـَٔامَنَّا ۚ رَبَّنَا فَٱغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلْأَبْرَارِ
Rabbanaaa ʹinnanaa samiʻnaa Munaadiyañay yaunaadee lil-eemaani ʹan ʹaaminoo bi-Rabbikum faʹaamannaa. Rabbanaa fag̣fir lanaa ẓunoobanaa wa-kaffir ʻannaa sayyiʹaatinaa wa-tawaffanaa maʻal ʹAbraar.
އޭ އަޅަމެންގެ ربّ އެވެ! ހަމަކަށަވަރުން އީމާންކަމަށް ގޮވާލައްވާ ބޭކަލެއްގެ އަޑު އަޅަމެން އަހައިފީމުއެވެ. އެބޭކަލަކު ވިދާޅުވެއެވެ. އޭ ކަލޭމެންނޭވެ! ކަލޭމެން ކަލޭމެންގެ ربّ އަށް އީމާންވާށެވެ! ދެންފަހެ އަޅަމެން އީމާންވެއްޖައީމެވެ. ފަހެ އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާދެއްވާނދޭވެ! އަދި އަޅަމެންގެ އެންމެހައި ކުށްތަކާއި ނުބައިތައް ނެތިކުރައްވާ ދުރުކުރައްވާނދޭވެ! އަދި ރަނގަޅު މާތްމީހުނާއެކު (އެބަހީ އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާ ކިޔަމަންތެރި އަޅުންނާއެކު) އަޅަމެން މަރުގަންނަވާފާދޭވެ!
-
194
رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ ٱلْقِيَـٰمَةِ ۗ إِنَّكَ لَا تُخْلِفُ ٱلْمِيعَادَ
Rabbanaa wa-ʹaatinaa ma wa-ʻattanaa ʻalaa rusulika wa-laa tukhzinaa Yawmal Q̣iyaamah: ʹinnaka laa- tukhliful meeʻaad.
އޭ އަޅަމެންގެ ربّ އެވެ! އަދި އިބަރަސްކަލާނގެ ފޮނުއްވި رسول ބޭކަލުންގެ ދޫފުޅުމަތިން އަޅަމެންނަށް وعد ކުރައްވާފައިވާ ކަންތައް އަޅަމެނަށް ދެއްވާނދޭވެ! (އެއީ عدواة ތެރިންގެމައްޗަށް نصر ދެއްވުންކަމުގައި ބައެއް مفسّر ން ލިއުއްވައެވެ. والله أعلم) އަދި قيامة ދުވަހުން އަޅަމެން ދެރަނުކުރައްވާނދޭވެ! ގެއްލެނި ނުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ وعد ވެވޮޑިގެންނެވި وعد ފުޅަކާއި. خلاف ވެވޮޑިނުގަންނަވާހުއްޓެވެ.
-
195
فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَـٰمِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّنۢ بَعْضٍ ۖ فَٱلَّذِينَ هَاجَرُوا۟ وَأُخْرِجُوا۟ مِن دِيَـٰرِهِمْ وَأُوذُوا۟ فِى سَبِيلِى وَقَـٰتَلُوا۟ وَقُتِلُوا۟ لَأُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَأُدْخِلَنَّهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ثَوَابًا مِّنْ عِندِ ٱللَّهِ ۗ وَٱللَّهُ عِندَهُۥ حُسْنُ ٱلثَّوَابِ
Fas-tajaaba lahum Rabbuhum ʹannee laaa ʹuḍeeʻu ʻamala ʻaamilim miñkum miñ ẓakarin ʹaw ʹuñs̤aa. Baʻḍukum mim baʻḍ. Fal-laẓeena haajaroo wa-ʹukhrijoo miñ diyaarihim wa-ʹooẓoo fee Sabeelee wa-q̣aataloo wa-q̣utiloo laʹukaffiranna ʻanhum sayyiʹaatihim wa-laʹudkhilanna-hum Jannaatiñ tajree miñ taḥ-tihal ʹanhaar s̤awaabam min ʻiñdil laah: wal-laahu ʻiñdahoo ḥusnus̤ s̤awaab.
ދެންފަހެ އެބައިމީހުންގެ ربّ އެމީހުންނަށް إجابة ކުރައްވައިފިއެވެ. (އެކަލާނގެ އަންގަވައެވެ.) ހަމަކަށަވަރުން ކަލޭމެންކުރެ ހެޔޮ عمل ކުރާމީހެއްގެ ދަރުމަ - ތިމަންރަސްކަލާނގެ ގެއްލެނިނުކުރައްވާހުށީމެވެ. ފިރިހެނުންގެތެރެއިންވިޔަސް އަންހެނުންގެތެރެއިންވިޔަސް މެއެވެ. ކަލޭމެންކުރެ އެއްބަޔަކުވަނީ އަނެއްބައެއްގެތެރެއިންނެވެ. (އެބަހީ عمل ކުރުމާ ކިޔަމަންތެރިވުމާއި އަދި دين ގެގޮތުން ހަމައެއްބައެކެވެ.) ފަހެ هجرة ކުރި މީސްތަކުން - އަދި އެމީހުން އެމީހުންގެ ގޮވަތިގެދޮރުން ނެރެވުނު މީހުން- އަދި އެމީހުން ތިމަންރަސްކަލާނގެ މަގުގައި އުނދަގޫތައް ލިބެވުނުމީހުން - އަދި އެމީހުން ހަނގުރާމަކޮށް އަދި قتل ވެދިޔަ މީސްތަކުން (މިމީހުން ދަންނައެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ކުށްފާފަތައް ފުއްސަވާ ދުރުކުރައްވާހުށީމެވެ. އަދި ހަމަކަށަވަރުން އެތަންތާނގެދަށުން އެކިވައްތަރުގެ އާރުތައް ދެމޭ ބަގީޗާތަކަކަށް (ސުވަރުގެތަކަށް) ތިމަންރަސްކަލާނގެ އެމީހުން ވައްދަވާހުށީމެވެ. އެއީ ﷲ ގެ حضرة ންދެއްވާ ދަރުމަޔާ ثواب އެއްގެ ގޮތުންނެވެ. އަދި ރަނގަޅު ثواب އާއި ދަރުމަވަނީ ހަމަ ﷲ ގެ حضرة ގައެވެ.
-
196
لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُوا۟ فِى ٱلْبِلَـٰدِ
Laa- yag̣urrannaka taq̣al-lubul laẓeena kafaroo fil bilaad.
(އޭ رسول ﷲ އެވެ.) ކާފަރުންގެ މީހުން ރަށްތަކުގައި އެފުރޮޅޭ ފުރޮޅުމަށް (އެމީހުން އެރާވާ ޕްރޮޖެކްޓްތަކަށާއި ހަދާ جمعية ތަކަށާ ކުރާ ވިޔަފާރިތަކަށް އަދި އެމީހުންގެ تَرَقِّى ގެ ލަނޑުދަނޑިތަކާއި މެދު) ކަލޭގެފާނު ހެއްލުންތެރިވެވަޑައި ނުގަންނަވާށެވެ.
-
197
مَتَـٰعٌ قَلِيلٌ ثُمَّ مَأْوَىٰهُمْ جَهَنَّمُ ۚ وَبِئْسَ ٱلْمِهَادُ
Mataaʻuñ q̣aleel: s̤umma maʹwaahum Jahannam: wa-biʹsal mihaad!
އެއީ ދާދި ކުޑަކުޑަ ފައިދާކޮޅެކެވެ. އަރާމުކޮޅެކެވެ. ދެން قيامة ދުވަހުން އެމީހުންގޮސް ތިބޭނެތަނަކީ ހަމަ ނަރަކައެވެ.
-
198
لَـٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا نُزُلًا مِّنْ عِندِ ٱللَّهِ ۗ وَمَا عِندَ ٱللَّهِ خَيْرٌ لِّلْأَبْرَارِ
Laakinil laẓeenat taq̣aw Rabbahum lahum Jannatuñ tajree miñ taḥ-tihal ʹanhaaru khaalideena feehaa nuzulam min ʻiñdil laah: wa-maa ʻiñdal laahi khayrul lil-ʹAbraar.
އެހެނެއްކަމަކު އެބަޔަކު އެބަޔަކުގެ ربّ އަށް تقوى ވެރިވެ ބިރުވެތިވެއްޖެބަޔަކު (ދަންނައެވެ!) އެބަޔަކަށް ހުރީ އެތަންތާނގެ ދަށުން އާރުތައް ދެމެމުންދާ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. އެމީހުން އެތަންތާ ދެމިތިބޭގޮތަށެވެ. އެއީ ﷲ تعالى ގެ حضرة ން އެމީހުންނަށްވާ މެހްމާންދާރީއެވެ. އަދި ކިޔަމަންތެރި މާތްމީހުންނަށް ﷲ ގެ حضرة ގައިވާ ތަކެތި ހެޔޮވެގެންވެއެވެ.
-
199
وَإِنَّ مِنْ أَهْلِ ٱلْكِتَـٰبِ لَمَن يُؤْمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيْكُمْ وَمَآ أُنزِلَ إِلَيْهِمْ خَـٰشِعِينَ لِلَّهِ لَا يَشْتَرُونَ بِـَٔايَـٰتِ ٱللَّهِ ثَمَنًا قَلِيلًا ۗ أُو۟لَـٰٓئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ ۗ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
Wa-ʹinna min ʹAhlil Kitaabi lamañy yuʹminu billaahi wa-maaa ʹuñzila ʹilaykum wa-maaa ʹuñzila ʹilayhim khaashiʻeena lillaahi laa- yashtaroona biʹAayaatil laahi s̤amanañ q̣aleelaa. ʹUlaaaʹika lahum ʹajruhum ʻiñda Rabbihim: ʹinnal laaha Sareeʻul ḥisaab.
އަދި ހަމަކަށަވަރުން أهل كتاب ންގެތެރޭގައިވެސް - يعني: ފޮތްދެއްވުނު މީހުންގެތެރޭގައިވެސް - (އެބަހީ: يهودي ންނާއި نصارى އިންގެތެރޭގައިވެސް) ކަނޑައެޅިގެން ﷲ އަށް އީމާންވާ މީހުން ވެއެވެ. އަދި ކަލޭމެން (مؤمن ން) ނަށް ބާވައިލެއްވުނު ތަކެއްޗަށާއި އަދި އެމީހުންނަށް ބާވައިލެއްވުނު ތަކެއްޗަށް އީމާންވާ މީހުންވެއެވެ. އެމީހުން ﷲ އަށް ބިރުވެތިވެ ކިޔަމަންތެރިވެ މަޑުމޮޅިވެގެންވެއެވެ. އަދި ކުޑައަގަކަށް ﷲ ގެ އާޔަތްތައް އެމީހުން ނުވިއްކައެވެ. (އެބަހީ ދުނިޔޭގެ ކުޑަފައިދާކޮޅަކަށް އެމީހުންނަށް އެނގިފައިވާ دين ގެ حكم އެމީހުން ބަދަލުކޮށް ނުހަދައެވެ.) އެމީހުން ދަންނައެވެ! އެމީހުންގެ ربّ ގެ حضرة ގައި އެމީހުންނަށް އެމީހުންގެ ދަރުމަވެއެވެ. ثواب ހުއްޓެވެ. ހަމަކަށަވަރުން ﷲ تعالى އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވަ ކަލާނގެއެވެ.
-
200
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
Yaaaʹayyuhal laẓeena ʹaamanuṣ biroo waṣaabiroo wa-raabiṭoo: wattaq̣ul laaha laʻallakum tufliḥoon.
އޭ އީމާންވެގެންވާ މީސްތަކުންނޭވެ! ކަލޭމެން (ﷲ އަށް ކިޔަމަންވެތިބުމަށް) ކެތްތެރިވާށެވެ! އަދި ކަލޭމެން (ކަލޭމެންގެ عداوة ތެރިންގެ ކަންތަކާއިމެދު) ކެތްތެރިކަންމަތީ ދެމިތިބޭށެވެ! އަދި ކަލޭމެން (ﷲ ގެމަގުގައި ކުރިޔަށްދާއިރު) އެކަކު އަނެކަކާއި އެކުވެރިވެ އެކަތިގަނޑަކަށްވާށެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބު ލިބުމަށްޓަކައެވެ.