Back to Quran

ޖުޒްއު

Juz 23

36:28 ... 39:31 · 357 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

  1. Surah Ya-SinBegins here at 36:28

  2. 36:28

    ۞ وَمَآ أَنزَلْنَا عَلَىٰ قَوْمِهِۦ مِنۢ بَعْدِهِۦ مِن جُندٍ مِّنَ ٱلسَّمَآءِ وَمَا كُنَّا مُنزِلِينَ

    Wa-maaa ʹañzalnaa ʻalaa Q̣awmihee mim baʻdihee miñ juñdim minas samaaaʹi wa-maa kunnaa muñzileen.

    އަދި އޭނާގެ قَومُ އަށް އޭނާއަށްފަހު (حَبِيْبُ النَّجَّار ގެ قَومُ އަށް އޭނާ މަރުވުމަށްފަހު) އެޤައުމު ހަލާކު ކުރެއްވުމަށް އުޑުން އެއްވެސް މަލާއިކަތްބޭކަލަކު ނުފޮނުއްވަމެވެ.

  3. 36:29

    إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ خَـٰمِدُونَ

    ʹIñ kaanat ʹillaa ṣayḥatañw waaḥidatañ faʹiẓaa hum khaamidoon.

    ހަމައެކަނި އެންމެ އަޑުފަށެއް އައުންކަމުގައި މެނުވީ އެ ޤައުމު ހަލާކުވުން ނުވިއެވެ. (އެއީ جِبْرِيْل عَلَيْهِ السَلآم ގެއަޑުފުޅެވެ.) އެއަޑުފަށް އައުމުން (އެއަޑުފަށްގަދަކަމުން ޙިއްސުތަކަށް ކެއްނުކުރެވިގެން) މަރުވެ ދަނޑިވެފައިވާ ބަޔަކު ކަމުގައި އެމީހުން ވެއްޖެއެވެ.

  4. 36:30

    يَـٰحَسْرَةً عَلَى ٱلْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

    Yaa-ḥasratan ʻalal ʻibaad! Maa- yaʹteehim mir rasoolin ʹillaa kaanoo bihee yastahziʹoon!

    އޭއަޅުތަކުންގެމައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުން މަލާމަތްކޮށް ފުރައްސާރަ ކުރާކަމުގައިނުވާ އެއްވެސް ރަސޫލުބޭކަލަކު އެމީހުންގެގާތަށް ވަޑައިނުގަންނަވައެވެ.

  5. 36:31

    أَلَمْ يَرَوْا۟ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ

    ʹAlam yaraw kam ʹahlaknaa q̣ablahum minal q̣urooni ʹannahum ilayhim laa-ʹ yarjiʻoon?

    އެމީހުންގެކުރިން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީ ކިހާވަރެއްކަން ކިތައްކިތައް އުއްމަތްކަން އެމީހުން ނުދެކެނީބާވައެވެ؟ / އެމީހުންނަކަށް ނޭނގޭބާވައެވެ؟ (އެބަހީ މައްކާގެ އަހުލުވެރިންނަށް ނޭނގޭބާވައެވެ؟) އަދި އެއިން އެއްވެސް އުއްމަތެއް މިމީހުންގެގާތަކަށް ދެންނާންނާނެއެވެ.

  6. 36:32

    وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ

    Waʹiñ kullul lammaa jameeʻul ladaynaa muḥḍaroon.

    އަދި އެހުރިހައި މީހުން ހިސާބު ބައްލަވާ ޖަޒާދެއްވުމަށްޓަކައި ތިމަންރަސްކަލާނގެ حَضْرَةُ އަށް حَاضِرُ ނުވެނުދާނެއެވެ. އެބަހީ އެންމެންވެސް ތިމަންރަސްކަލާނގެ حَضْرَةُ އަށް حَاضِرُ ވާނެއެވެ.

  7. 36:33

    وَءَايَةٌ لَّهُمُ ٱلْأَرْضُ ٱلْمَيْتَةُ أَحْيَيْنَـٰهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ

    Wa-ʹAayatul lahumul ʹarḍul maytah: ʹaḥyaynaahaa wa-ʹakhrajnaa minhaa ḥabbañ faminhu yaʹkuloon.

    (مَحْشَرُ އަށް ފޮނުއްވާނެ ކަމުގެ عَقْلِى ދަލީލެއްކަމުގައި) ވާރޭނުވެހުމުގެ ސަބަބުން ހަނަފަސްވެފައިވާ ބިންގަނޑު އެއީ އެމީހުންނަށްވާ ދަލީލެކެވެ. އެބިންގަޑަށް (ވާރޭވެއްސަވައިގެން) ތިމަންރަސްކަލާނގެ އެބިންގަނޑު ދިރުއްވީމެވެ. އެއިން އެމީހުން ކައިހަދާނެ އޮށްޓަރު އެބިމުން ތިމަންރަސްކަލާނގެ ނެރުއްވީމެވެ.

  8. 36:34

    وَجَعَلْنَا فِيهَا جَنَّـٰتٍ مِّن نَّخِيلٍ وَأَعْنَـٰبٍ وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ

    Wa-jaʻalnaa feehaa jannaatim min nakheeliñw waʹaʻnaabiñw wafajjarnaa feehaa minal ʻuyoon:

    އަދި ތިމަންރަސްކަލާނގެ އެބިމުގައި ކަދުރާއި މޭބިސްކަދުރުގެ ބަގީޗާތައް ލެއްވީމެވެ. (ކަދުރާއި މޭބިސްކަދުރު ވަކިން ޒިކުރު ކުރައްވާފައިވަނީ އެދެއެތީގެ މުހިއްމު ކަމަށްޓަކައެވެ. އެދެވައްތަރުފިޔަވައި ދެންހުރި ބަގީޗާތަކާއި ގަސްތައް ހެއްދެވީވެސް ހަމައެކަލާނގެއެވެ. އެބިންގަނޑުން ގަސްތައްފަޅައިގެން ނުކުންނަގޮތަށް مَحْشَرُ އަށް ދިއުމަށްޓަކައި ކަށްވަޅުތަކުން މީސްތަކުން ނުކުންނާނެއެވެ.) އަދި ތިމަންރަސްކަލާނގެ އެބިންގަނޑުން ކޯރުތަކާއި ފެންގަނޑުތައް ނެރުއްވީމެވެ.

  9. 36:35

    لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ

    Liyaʹkuloo miñ s̤amarihee, wa-maa ʻamilathu ʹaydeehim: ʹafalaa yashkuroon?

    އެއީ އެތާގެމޭވާއިން އެމީހުން ކެއުމަށްޓަކައެވެ. އަދި އެމީހުންގެ އަތްތަކުން އެތަކެތި ނުހަދައެވެވެ. އެތަކެތި ހެއްދެވީ ހަމަﷲ އެވެ. އެމީހުންފަހެ އެކަލާނގެއަށް ޝުކުރު ނުކުރާނެ ހެއްޔެވެ؟

  10. 36:36

    سُبْحَـٰنَ ٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ

    Subḥaanal laẓee khalaq̣al ʹazwaaja kullahaa mimmaa tumbitul ʹarḍu wa-min ʹañfusihim Wamimmaa laa- yaʻlamoon.

    އަދި ބިމުންފަޅާ ގަސްގަހާ ގެއްސާއި އަދި ތިމާމެންގެ ނަފުސުތަކުން އުފެދޭ ދަރިފަސްކޮޅުތަކުގައިވެސް ޖޯޑުޖޯޑު ލެއްވި ކަލާނގެ ހުސް طَاهِرُ ވަންތައެވެ. އަދިމީސްތަކުންނަށް ނޭނގޭތަކެތީގައިވެސް އެކަލާނގެ ޖޯޑުޖޯޑު ލެއްވިއެވެ. އަދި ހުރިހާތަކެތި ޖޯޑުޖޯޑުކޮށް ހެއްދެވިކަލާނގެ ހުސް طَاهِرُ ވަންތަކަމާއެވެ!

  11. 36:37

    وَءَايَةٌ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ

    Wa-ʹAayatul lahumul Laylu naslakhu minhun Nahaara faʹiẓaa hum muz̤̣limoon;

    އަދި ރޭނގަޑު އެއީ އެމީހުންނަށްވާ ދަލީލެކެވެ. (ﷲގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަ ކަމުގެ ފުރިހަމަ ދަލީލެކެވެ،) އޭގެތެރެއިން (ރޭނގަޑުގެތެރެއިން) ތިމަންރަސްކަލާނގެ ދުވާލުނެރެ ދަމައިގަންނަމެވެ. ފަހެ އެހައިރުން އެމީހުން އަދިރިވެވިގެންވެއެވެ. (އެމީހުންނަށް އަނދިރިވެގެންވެއެވެ.)

  12. 36:38

    وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ

    Wash-Shamsu tajree limustaq̣arril lahaa: ẓaalika taq̣deerul ʻAzeezil ʻAleem.

    އަދި އިރު އެއަށްކަނޑައެޅިފައިވާ މަންޒިލުތަކުގައި ދުވެއެވެ. (އިރުދައުރުކުރެއެވެ.) އެއީ ގަދަކީރިތިވަންތަ އަދި ދެނެވޮޑިގެންވާ ކަލާނގެ މިންވަރުކުރެއްވި ކުރެއްވުމެވެ.

  13. 36:39

    وَٱلْقَمَرَ قَدَّرْنَـٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ

    Wal-Q̣amara q̣addarnaahu manaazila ḥattaa ʻaada kalʻurjoonil q̣adeem.

    އަދި ހަނދު އެއީވެސް އެމީހުންނަށްވާ ދަލީލެކެވެ. ތިމަންރަސްކަލާނގެ އެހަނދު މަންޒިލުތަކެއްގައި މިންވަރުކުރެއްވީމެވެ. އެއީ ކަދުރު ރުކުގެ ދުވަސްވީ އިހާގޮޑިއެއްފަދައިން އެހަނދު އެނބުރި ރުޖޫޢަވެއްޖައުމަށް ދާނދެނެވެ.

  14. 36:40

    لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِ ۚ وَكُلٌّ فِى فَلَكٍ يَسْبَحُونَ

    Lash Shamsu yambag̣ee lahaaa ʹañ tudrikal Q̣amara wa-lal Laylu saabiq̣un Nahaar: wa-kulluñ fee falakiñy yasbaḥoon.

    އިރު އެއީ ހަނދު އަތުލައިގަތުމަށް އެކަށީގެންވާ އެއްޗެއް ކަމުގައި ނުވެއެވެ. އަދިރޭނގަޑުވެސް ދުވާލުގެ ކުރިއަރައި ދެވޭނެ އެއްޗެއްކަމުގައި ނުވެއެވެ. އަދި ކޮންމެއެއްޗެއް ވަކި ފަލަކެއްގައި / ވަކިލައިނެއްގައި ފަތައެވެ. / ދަތުރުކުރެއެވެ.

  15. 36:41

    وَءَايَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِى ٱلْفُلْكِ ٱلْمَشْحُونِ

    Wa-ʹAayatul lahum ʹannaa ḥamalnaa ẓurriyyatahum fil fulkil mashḥoon;

    އަދި އެމީހުންގެ ދަރިފަސްކޮޅު (އާދަމުގެފާނުގެ ދަރިފަސްކޮޅު) ފުރިބާރުވެފައިވާ ނަވުގައި (نُوحُ عَلَيْهِ السّلآم ގެ މަޝްހޫރުނައުކޮޅުގައި) ތިމަންރަސްކަލާނގެ އުފުއްލެވުން އެއީ އެމީހުންނަށްވާފުރިހަމަދަލީލެކެވެ. (ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަ ކަމުގެ ފުރިހަމަ ދަލީލެކެވެ،)

  16. 36:42

    وَخَلَقْنَا لَهُم مِّن مِّثْلِهِۦ مَا يَرْكَبُونَ

    Wa-khalaq̣naa lahum mim mis̤lihee maa- yarkaboon.

    އަދި ތިމަންރަސްކަލާނގެ އެމީހުންނަށްޓަކައި ދަތުރުފަތުރު ކުރެވޭނެތަކެތީގެ ތެރެއިން އެމީހުން ސަވާރުވާނޭ އެފަދަ ތަކެތި ހެއްދެވީމެވެ.

  17. 36:43

    وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ

    Wa-ʹin nashaʹ nug̣riq̣hum falaa ṣareekha lahum wa-laa hum yuñq̣aẓoon,

    އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިއްޔާ ތިމަންރަސްކަލާނގެ އެމީހުން غَرَقُ ކުރައްވައިފީހެވެ. ދެންއޭރުން އެމީހުންސަލާމަތް ކޮށްދޭނެ މީހަކު ނުވާނެއެވެ. އަދި ސަލާމަތްވާނޭ ބަޔަކުކަމުގައި އެމީހުންނުވާނެއެވެ.

  18. 36:44

    إِلَّا رَحْمَةً مِّنَّا وَمَتَـٰعًا إِلَىٰ حِينٍ

    ʹIllaa Raḥmatam minnaa wa-mataaʻan ʹilaa ḥeen.

    ހަމައެކަނި ތިމަންރަސްކަލާނގެ حَضْرَةُ ންވާ رَحْمَةُ އެއްމެނުވީ އެވެ. އަދި މުއްދަތަކަށް އަރާމު ކޮށްލުމަކާއި މެނުވީއެވެ.

  19. 36:45

    وَإِذَا قِيلَ لَهُمُ ٱتَّقُوا۟ مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ

    Wa-ʹiẓaa q̣eela lahumut taq̣oo Maa- bayna ʹaydeekum wa-maa khalfakum laʻallakum turḥamoon.

    އަދި "ކަލޭމެންގެ ކުރިމަތީގައިވާތަނަށް (ކުރިމަތީގައިވާ މުސީބަތްތަކަށާއި އަތުވެދާނޭ عَذَابُ އަކަށާއި އަދި ކަލޭމެންގެ ފަހަތުން އަތުވެދާނޭ عَذَابُ އަކަށް (އެއީ އާޚިރަތުގެ عَذَابُއެވެ.) ކަލޭމެން ބިރުވެތިވާށެވެ. އެއީ ކަލޭމެންނަށް رَحْمَةُ ލައްވައިތޯއެވެ." މިފަދައިން އެމީހުންނަށް ބުނެވިއްޖެއްޔާ (އެމީހުން އެނބުރި ފުރަގަސްދެއެވެ.)

  20. 36:46

    وَمَا تَأْتِيهِم مِّنْ ءَايَةٍ مِّنْ ءَايَـٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ

    Wa-maa taʹteehim min ʹAayatim min ʹAayaati Rabbihim ʹillaa kaanoo ʻanhaa muʻriḍeen.

    އަދި އެމީހުންގެ رَبُّ ގެ ދަލީލުތަކުގެތެރެއިންދަލީލެއް ނުވަތަ އާޔަތްތަކުގެ ތެރެއިން އާޔަތެއް އެމީހުން ގާތަށް އަތުވެއްޖެ ކޮންމެހިނދެއްގައިވެސް އެމީހުން އެދަލީލަކަށް ނުވަތަ އެއާޔަތަކަށް ފުރަގަސްދީގެންވާބަޔަކު ކަމުގައިމެނުވީ ނުވެއެވެ.

  21. 36:47

    وَإِذَا قِيلَ لَهُمْ أَنفِقُوا۟ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَنُطْعِمُ مَن لَّوْ يَشَآءُ ٱللَّهُ أَطْعَمَهُۥٓ إِنْ أَنتُمْ إِلَّا فِى ضَلَـٰلٍ مُّبِينٍ

    Wa-ʹiẓaa q̣eela lahum ʹañfiq̣oo mimmaa razaq̣akumul laahu q̣aalal laẓeena kafaroo lillaẓeena ʹaamanooo ʹanuṭʻimu mal law yashaaaʹul laahu ʹaṭʻamah?― ʹIn ʹañtum ʹillaa fee ḍalaalim mubeen.

    އަދި "الله ކަލޭމެނައްދެއްވި ރިޒުޤުން ކަލޭމެން ހޭދަކުރާށެވެ. (ފަޤީރުންނަށް ދީހަދާށެވެ.) " އެމީހުންނަށް ބުނެވިއްޖެއްޔާ ކާފަރުވީމީސްތަކުން (މަލާމާތަށް) އީމާންވީމީސްތަކުންނަށް ބުނާނެއެވެ. "الله އިރާދަކުރައްވައިފިއްޔާ އެކަލާނގެ އެމީހަކަށް ކާންދެއްވައިފާނެ މީހަކަށް އަހުރެމެން ކާންދޭންވީ ހެއްޔެވެ"؟ (އެމީހުންނާއިމެދު الله އެއަންގަވަނީ) ބަޔާންވެގެންވާ މަގުފުރެދުމެއްގައިމެނުވީ ކަލޭމެން ނުވެއެވެ.

  22. 36:48

    وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ

    Wa-yaq̣ooloona mataa haaẓal waʻdu ʹiñ kuñtum ṣaadiq̣een?

    އަދި އެމީހުން ބުނަނީއެވެ. (އެކާފަރުން ބުނަނީއެވެ.) "ކަލޭމެންތިޔަ وَعْدُ ކުރާ ކަމެއްދެންވާނީ ކޮންއިރަކުން ހެއްޔެވެ؟ ކަލޭމެން ތިޔަބުނަނީ ތެދެއްކަމުގައި ވަންޏާ (ނިކަންބުނެބެލާށެވެ.) "

  23. 36:49

    مَا يَنظُرُونَ إِلَّا صَيْحَةً وَٰحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ

    Maa- yañz̤̣uroona ʹillaa Ṣayḥatañw waaḥidatañ taʹkhuẓuhum wa-hum yakhiṣṣimoon!

    އެމީހުން އެއަޑުފަށެއް އަހާނޭ އެންމެ އަޑުފަށަކަށްމެނުވީ އެމީހުން އިންތިޒާރު ނުކުރެއެވެ. (އެއީ އިސްރާފީލުގެފާނު ތާޅަފިލި ފުންމަވާލައްވާ އަޑެވެ.) އެމީހުން އެއަޑު އަހާނީ (ދުނިޔޭގެ ކަންކަމުގައި) އެމީހުން އެކަކު އަނެކަކާއި އަރައިރުން ވޭވޭތިއްބައެވެ.

  24. 36:50

    فَلَا يَسْتَطِيعُونَ تَوْصِيَةً وَلَآ إِلَىٰٓ أَهْلِهِمْ يَرْجِعُونَ

    Falaa yastaṭeeʻoona taw-ṣiyatañw walaaa ʹilaaa ʹahlihim yarjiʻoon!

    (ދެން އޭރުން އެބަހީ އެތާޅަފިލީގެ އަޑުއިވުމުން) وَصِيَّةُ އެއްކޮށްލުމަށްވެސް އަދި އެމީހުން އެމީހުންގެ އަހުލުވެރިންގާތަށް އެނބުރިދާކަށްވެސް. އެމީހުންނަށް ކުޅަދާނަ ނުވާނެއެވެ. (އެހާވަގުތުކޮޅެއްވެސް ނުލިބޭނެއެވެ. އެމީހަކު އެހުރިތާކަށް ހުރިޙާލަތެއްގައި\nމަރުވެގެން ތިރިވާނީއެވެ. ކާންއިންމީހާ ނަގާސުވާވެސް އަގަޔާހަމައަށްނުފޯރައި އެގޮތަށްއިދެމަރުވެގެން ތިރިވާނީއެވެ.)

  25. 36:51

    وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ

    Wa-nufikha fiṣ Ṣoori faʹiẓaa hum minal ʹajdaas̤i ʹilaa Rabbihim yañsiloon!

    އަދި (ދެވަނަފަހަރަށް) ތާޅަފިލި ފުމެލެވޭނެއެވެ. (އެއީ އިސްރާފީލުގެފާނުން ދެވަނަފަހަރަށް ތާޅަފިލި ފުމެލެއްވުމެވެ.) ފަހެ އެހައިރުންއެމީހުން (އެންމެހައި މީސްތަކުން) ކަށްވަޅުތަކުން (ނުކުމެގެން) އެމީހުންގެ رَبُّ ގެ حَضْرَةُ އަށް އަވަސްއަވަހަށް ދެމިގަންނާނެއެވެ.

  26. 36:52

    قَالُوا۟ يَـٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَـٰذَا مَا وَعَدَ ٱلرَّحْمَـٰنُ وَصَدَقَ ٱلْمُرْسَلُونَ

    Q̣aaloo yaa-waylanaa mam baʻas̤anaa mim marq̣adinaa Haaẓaa maa- waʻadar Raḥmaanu waṣadaq̣al mursaloon!

    އެމީހުންބުނާނެއެވެ. (ކާފަރުން ބުނާނެއެވެ.) "އޭއަހުރެމެންގެމައްޗަށް ހުރިހަލާކެއްގެ ބޮޑުކަމާއެވެ!! އަހުރެމެން އޮށޯވެތިބި ތަންމަތިތަކުން އަހުރެމެން (ދިރުއްވައި) ފޮނުއްވީކާކުހެއްޔެވެ؟" (އެވަގުތު މުއުމިނުން އެމީހުންނަށް ބުނާނެއެވެ.) "މިއީ رَحْمنُ ވަންތަކަލާނގެ ކުރެއްވި وَعْدُ ފުޅެވެ. އަދި ރަސޫލުބޭކަލުން ތެދުވިދާޅުވި ކަންތަކެވެ. (ފަހެ މަރުވުމަށްފަހު ހިސާބު ބައްލަވައި ފުރިހަމަ ޖަޒާދެއްވުމަށް مَحْشَرُ ކުރައްވަނީއެވެ.")

  27. 36:53

    إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ

    ʹIñ kaanat ʹillaa Ṣayḥatañw waaḥidatañ faʹiẓaa hum jameeʻul ladaynaa muḥḍaroon!

    (އެއީ އިސްރާފީލުގެފާނުން ތާޅަފިލީގައި) ފުމެލައްވާ އެއްމެ ފުމެލެއްވުމެއްކަމުގައިމެނުވީ އެކަންނުވެއެވެ. (مَحْشَرُ ކުރެއްވުން ނުވެއެވެ.) އެހައިރުން އެއެންމެން ތިމަން ރަސްކަލާނގެ حَضْرَةُއަށް حَاضِرُ ވާހުއްޓެވެ.

  28. 36:54

    فَٱلْيَوْمَ لَا تُظْلَمُ نَفْسٌ شَيْـًٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ

    Fal-Yawma laa- tuz̤̣lamu nafsuñ shayʹañwwa laa- tujzawna ʹillaa maa- kuñtum taʻmaloon.

    (އަދި الله تَعَالَ އަންގަވާނެއެވެ.) މިއަދު އެއްވެސް ނަފުސަކަށް އެއްވެސްކަމަކުން އަނިޔާނުވެވޭނެއެވެ. އަދިކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީ ކަންތަކަށްމެނުވީ ކަލޭމެނަށް ޖަޒާނުދެވޭނެއެވެ.

  29. 36:55

    إِنَّ أَصْحَـٰبَ ٱلْجَنَّةِ ٱلْيَوْمَ فِى شُغُلٍ فَـٰكِهُونَ

    ʹInna ʹAṣḥaabal Jannatil Yawma fee shug̣uliñ faakihoon;

    ހަމަކަށަވަރުން ސުވަރުގޭގެ އެކުވެރިން މިއަދު (މިޤިޔާމަތްދުވަހު) نِعْمَة ތައްލިބިގަތުމުގައި مَشْغُولُ ވެގެންވާނެއެވެ.

  30. 36:56

    هُمْ وَأَزْوَٰجُهُمْ فِى ظِلَـٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ

    Hum wa-ʹazwaajuhum fee z̤̣ilaalin ʻalal ʹaraaaʹiki muttakiʹoon;

    އެމީހުންނާއި އެމިހުންގެ އަނބީން ތިބޭނީ ހިޔަލުގައެވެ. (ނުވަތަ ފަރުދާގެ ނިވަލުގައެވެ.) ސޯފާތަކުގައި ލެގިލައިގެންނެވެ.

  31. 36:57

    لَهُمْ فِيهَا فَـٰكِهَةٌ وَلَهُم مَّا يَدَّعُونَ

    Lahum feehaa faakihatuñw walahum maa yaddaʻoon;

    އެމީހުންނަށް އެތާގައި މޭވާތައްވެއެވެ. އަދިއެތާ އެމީހުން އެދުނުހާއެއްޗެއް އެމީހުންނަށްވެއެވެ.

  32. 36:58

    سَلَـٰمٌ قَوْلًا مِّن رَّبٍّ رَّحِيمٍ

    ˹Salaam!˺― Q̣awlam mir Rabbir Raḥeem!

    އެމީހުން އެބޮޑު نِعْمَة ގައި ތިބޭއިރު އެމީހުންނަށް އިވޭނީ رَحِيْم ވަންތަ رَبُّ ގެ حَضْرَةُ ން (ބަސްފުޅެއްގެ ގޮތުން) ސަލާމުގެ ބަސްފުޅުވެއެވެ.

  33. 36:59

    وَٱمْتَـٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ

    Wamtaazul Yawma ʹayyuhal mujrimoon!

    (އަދި އެދުވަހުން ނުބައި މުޖްރިމުން ނަށް އެނގޭނެއެވެ.) "އޭ ނުބައި މުޖްރިމުންނޭވެ! މިއަދު ޞާލިޙް މާތް މީހުންނާއި ވަކިވާށެވެ. (ނުވަތަ ހުރިހާ މުޖްރިމުން އެއްބަޔަކު އަނެއެއްބަޔަކަށް ވަކިވާށެވެ. ޔަހޫދީން ވަކިތާކު، ނަޞާރާއިން ވަކިތާކު މަޖޫސީން ވަކިތާކު ޞާބިއީން ވަކިތާކު ބުދުތަކަށް އަޅުކަން ކުރިމީހުން ވަކި ތާކު މިގޮތަށް ބައިބައި ވާށެވެ.")

  34. 36:60

    ۞ أَلَمْ أَعْهَدْ إِلَيْكُمْ يَـٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَـٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ

    ʹAlam ʹaʻhad ʹilaykum yaa Baneee ʹAadama ʹallaa taʻbudush Shayṭaan; ʹinnahoo lakum ʻaduwwum mubeen?―

    އޭ އާދަމުގެ ދަރިންނޭވެ! ކަލޭމެން ޝައިތާނާއަށް އަޅުކަން ނުކުޅައުމަށް ތިމަންރަސްކަލާނގެ ކަލޭމެންގެ ކިބައިން ޢަހްދު ކަށަވަރު ނުހިއްޕަވަންހެއްޔެވެ؟ (އެބަހީ ޢަހްދު ކަށަވަރު ހިއްޕެވީމެވެ. އެއީ ރަސޫލު ބޭކަލުން ފޮނުއްވައި އެބޭކަލުންގެ ދޫފުޅު މަތީންނެވެ.) އަދި ޝައިތާނާއީ ކަލޭމެންނަށް ބަޔާންވެގެންވާ ޢަދުއްވެއްކަން ހަމަކަށަވަރުން އެންގެވީމެވެ.

  35. 36:61

    وَأَنِ ٱعْبُدُونِى ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ

    Wa-ʹaniʻ budoonee. Haaẓaa Ṣiraaṭum Mustaq̣eem.

    އަދި ހަމައެކަނި ތިމަންރަސްކަލާނގެ އަށް އެކަނި އަޅުކަން ކުރަންވެސް ތިޔަބައި މީހުންނަށް ޢަހްދު ކުރެއްވީމެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީކަން އެންގެވީމެވެ.

  36. 36:62

    وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ

    Wa-laq̣ad ʹaḍalla miñkum jibillañ kas̤eeraa. ʹAfalam takoonoo taʻq̣iloon?

    އަދި ހަމަކަށަވަރުން އެޝައިތާނާ ކަލޭމެންގެތެރެއިން އެތައްގިނަ ޚަލްޤްތަކެއް އެ ޝައިތާނާ މަގުފުރައްދައިފިއެވެ. އަޅެފަހެ ކަލޭމެން ބުއްދިކޮށް ނަހަދަމުހެއްޔެވެ؟ ބުއްދިކޮށް ފިކުރުކުރާ ބަޔަކު ކަމުގައި ކަލޭމެންނުވާނެ ހެއްޔެވެ؟

  37. 36:63

    هَـٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ

    Haaẓihee Jahannamul latee kuñtum tooʻadoon!

    މިއަދު މިއޮތީ ނަރަކައެވެ. ޖަހަންނަމައެވެ. ކަލޭމެންނަށް ވަޢްދު ކުރެއްވުނު ނަރަކައެވެ. (ނުކިޔަމަންތެރީންނަށް ހުންނާނެކަމަށް ރަސޫލު ބޭކަލުންގެ ދޫފުޅު މަތީން އެންގެވުނު ނަރަކައެވެ.)

  38. 36:64

    ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ

    ʹIṣlawhal Yawma bimaa kuñtum takfuroon.

    ކަލޭމެން (ﷲ އަށް) ކާފަރުވުމުގެ ސަބަބުން މިއަދު އެ ނަރަކައަށް ވަންނާށެވެ. (އެތާ ތިބެގެން އަނދާށެވެ.)

  39. 36:65

    ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ

    ʹAl-Yawma nakhtimu ʻalaaa ʹafwaahihim wa-tukallimunaaa ʹaydeehim wa-tashhadu ʹarjuluhum̃ bimaa kaanoo yaksiboon.

    އަދި މިއަދު ތިމަންރަސްކަލާނގެ އެމީހުންގެ އަނގަތަކުގެ މަތީގައި ވާހަކަ ނުދެއްކޭނެ ގޮތުން ސިއްކަ ޖައްސަވައި ބަންދުކުރައްވާ ހުށީމެވެ. އަދި އެމީހުންގެ އަތްތަށް ތިމަންރަސްކަލާނގެއާއި ވާހަކަ ދައްކާ ހުއްޓެވެ. (އެތަކެއްޗަށް އެ ބާރު ދެއްވާ ހުށީމެވެ.) އަދި އެބައިމީހުން ކުރި ކަންތަކުގެ ހުރިހާ ކަމަކަށް އެމީހުންގެ ފައިތައް ހެކި ދޭނެއެވެ.

  40. 36:66

    وَلَوْ نَشَآءُ لَطَمَسْنَا عَلَىٰٓ أَعْيُنِهِمْ فَٱسْتَبَقُوا۟ ٱلصِّرَٰطَ فَأَنَّىٰ يُبْصِرُونَ

    Wa-law nashaaaʹu laṭamasnaa ʻalaaa ʹaʻyunihim fastabaq̣uṣ Ṣiraaṭa faʹannaa yubṣiroon?

    އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ އެމީހުންގެ ލޯތައް އަނދިރި ކުރައްވައި ލޯ ހުރިތަން މުޅިން ނޭގޭ ގޮތަށް ހައްދަވައިފީހެވެ. ދެން އޭރުން އަވަސް އަވަހަށް މަގުހޯދަން އަވަސްވެ ގަތީހެވެ. އެކަމަކުދެން އޭރުން އެމީހުންނަށް މަގުފެންނާނީ ކޮންފަދަ އަކުންތޯއެވެ.

  41. 36:67

    وَلَوْ نَشَآءُ لَمَسَخْنَـٰهُمْ عَلَىٰ مَكَانَتِهِمْ فَمَا ٱسْتَطَـٰعُوا۟ مُضِيًّا وَلَا يَرْجِعُونَ

    Wa-law nashaaaʹu lamasakhnaahum ʻalaa makaanatihim famas taṭaaʻoo muḍiyyañwwa laa- yarjiʻoon.

    އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާމަ އެމީހުން އެ ނުބައި ކަންތައްތައް ކުރަން ތިބި ތާގައި ތިއްބައި އެމީހުންގެ ހެއްދެވުން މުޅިން ބަދަލު ކޮއްލައިފީހެވެ. (ޙަރަކާތެއްވެސް ނުކުރެވޭގޮތަކަށް ހައްދަވައިފީހެވެ.) އޭރުން ދެން ކުރިއައްޖެހިލާކަށްވެސް އަދި ފަހަތައް އެބުރި އައުމަކަށްވެސް ކުޅަދާނަ ނުވާނެއެވެ.

  42. 36:68

    وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ

    Wa-man nuʻammirhu nunakkishu fil khalq̣: ʹafalaa yaʻq̣iloon?

    އަދި ތިމަން ރަސްކަލާނގެ އެމީހެއްގެ ޢުމުރު ދިގު ކުރައްވާ މީހަކު (ދަންނައެވެ.) އެމީހެއްގެ ހެއްދެވުން ތިމަންރަސްކަލާނގެ އިދިކޮޅު ކުރަށްވަމެވެ. (އެއީ ޒުވާންކަމަށްފަހު މުސްކުޅި ކަމަށް، ބާރު ގަދަކޮށް ހުރުމަށްފަހު ބަލިކަށިކަމަށް ދެން މިހެންގޮސް.. މިފަދަކަންކަމަށް އެމީހުން ބުއްދިކޮށް ނުބަލަނީ ކީއްވެގެންހެއްޔެވެ؟

  43. 36:69

    وَمَا عَلَّمْنَـٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ ۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْءَانٌ مُّبِينٌ

    Wa-maa ʻallamnaahush Shiʻra wa-maa yambag̣ee lah: ʹin huwa ʹillaa Ẓikruñwwa Q̣ur-ʹaanum Mubeen:

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ޅެން ދަސްނުކޮށްދެއްވަމެވެ. އަދި އެއީ އެކަލޭގެފާނަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެ ޤުރްއާން އެއީ وَعْظ އާއި نصيحة އެއް ކަމުގައި މެނުވީ ނުވެއެވެ. އަދި އެއީ ބަޔާންވެގެންވާ ޤުރްއާން އެކެވެ. ސަމާވީ ފޮތްތަކުގެ ތެއިން ފޮތެކެވެ. (ޅެމެއް ފްލޯކެއް ނޫނެވެ.)

  44. 36:70

    لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَـٰفِرِينَ

    Liyuñẓira mañ kaana ḥayyañw wayaḥiq̣q̣al q̣awlu ʻalal kaafireen.

    އެފޮތް ބާވައި ލައްވާފައިވަނީ ހިތުގައި ދިރުންހުރި މީހަކަށް އިންޒާރެއްގެ ގޮތުންނެވެ. (އެފަދަ މީހުންނަށް އެއިން ފައިދާ ކުރާނެއެވެ.) އަދި (ޢަޒާބު ގެ) ބަސްފުޅު ކާފަރުންގެ މައްޗަށް ޙައްޤު ވެއްޖެއެވެ.

  45. 36:71

    أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَـٰمًا فَهُمْ لَهَا مَـٰلِكُونَ

    ʹAwalam yaraw ʹannaa khalaq̣naa lahum mimmaa ʻamilat ʹaydeenaaa ʹanʻaamañ fahum lahaa maalikoon?―

    ތިމަންރަސްކަލާނގެ (ޤުދުރަތް ތެރިކަމުގެ (އަތްޕުޅުން) ހައްދަވާ ތަކެތީގެ ތެރޭގައި އެމީހުންނަށް ޓަކައި ނަޢަމު ސޫފިތައް ހައްދަވާފައިވާކަން ފަހެ އެމީހުން ވިސްނާ ފިކުރު ނުކުރަނީ ބާވައެވެ. ނުބަލަނީ ހެއްޔެވެ؟ އެމީހުން އެތަކެތި މިލްކު ކޮއްގެން އެތަކެތީގެ މައްޗަށް ގަދަވެގަނެއެވެ.

  46. 36:72

    وَذَلَّلْنَـٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ

    Wa-ẓallalnaahaa lahum faminhaa rakoobuhum wa-minhaa yaʹkuloon:

    އަދި ތިމަންރަސްކަލާނގެ އެމީހުންނަށްޓަކައި އެތަކެތި ކިޔަމަން ކުރެއްވީމެވެ. ފަހެ އޭގެތެރޭގައި އެމީހުން އެއަށް ސަވާރުވާ ތަކެތި ވެއެވެ. ޖަމަލުފަދަ ގެރިފަދަ ތަކެތި ވެއެވެ. އަދި އެމީހުން އެތަކެތީން މަސް ކައި ހަދައެވެ.

  47. 36:73

    وَلَهُمْ فِيهَا مَنَـٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ

    Wa-lahum feehaa manaafiʻu wa-mashaarib. ʹAfalaa yashkuroon?

    އަދި ހިމަނައި ނުގަނެވޭހާ ގިނަ ފައިދާ އެތަކެތީގައި އެމީހުންނަށް ވެއެވެ. (އޭގެ ހަމާއި ކެހެރިޔާއި ސަރުބީޔާ ދަޅާއި އަދި ކަށިތައް ބޭނުން ކުރެވެއެވެ. އަދި ބަރު އުފުލުމަށާއި ދަނޑުގެ މަސައްކަތުގައިވެސް ބޭނުންކޮށް ހަދައެވެ. އަދި އޭގެ ކިރު ގިނަ ގޮތްގޮތަށް ހަދައިގެން ބޮއިހަދައެވެ. މިކަންކަމަށް ފަހެ އެމީހުން ޝުކުރު ނުކުރާނެހެއްޔެވެ؟ (މިމި ކަންކަމަކީ ޝުކުރުކުރުން ޙައްޤުވާ ކަންކަމެވެ.)

  48. 36:74

    وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لَّعَلَّهُمْ يُنصَرُونَ

    Wattakhaẓoo miñ doonil laahi ʹaalihatal laʻallahum yuñṣaroon!

    އަދި އެމީހުން ﷲ ފިޔަވައި އެހެން އިލާހުންތަކެއް އިޚްތިޔާރުކޮށް އެތަކެއްޗަށް އަޅުކަންކުރީއެވެ. އެއީ އެތަކެތީގެ ފަރާތުން އެމީހުން ނަޞްރާއި މަދަދު އެދިގެންނެވެ. ޝަފާޢަތް ތެރިވާނެކަމުގެ އުއްމީދުގައެވެ.

  49. 36:75

    لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ

    Laa- yastaṭeeʻoona naṣrahum wa-hum lahum juñdum muḥḍaroon.

    އެމީހުންނަށް އެއްވެސް ނަޞްރެއްދީ ޝަފާޢަތް ވުމަކީ އެތަކެއްޗަށް ކުޅަދާނަކަމެއް ނޫނެވެ. އަދި އެބުދުތަކުގެ ނިސްބަތުގައި އެމީހުންނަކީ އެބުދުތައް ބަލަހައްޓާން ޙާޟިރު ވެގެންވާ ސިފައިންނެވެ. (އެކަމަކު ބުދުތަކުގެ ފަރާތުން އެމީހުންނަށް އެއްވެސް އެހީއެއް ނުލިބޭނެއެވެ.)

  50. 36:76

    فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ

    Falaa yaḥzuñka q̣awluhum. ʹInnaa naʻlamu maa- yusirroona wa-maa yuʻlinoon.

    އޭ ރަސޫލުﷲ އެވެ! އެމީހުންގެ ބަސްތަކުންނާއި ވާހަކަތަކުން ކަލޭގެފާނަށް ހިތާމަވެރިކަމެއް އަޔަނުދެއްވާށެވެ! ހަމަކަށަވަރުން އެމީހުން ސިއްރުކުރާ ކަންތަކާއި އަދި އެމީހުން ފައުޅުގައި ކުރާ ކަންތައްވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ.

  51. 36:77

    أَوَلَمْ يَرَ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ

    ʹAwalam yaral ʹiñsaanu ʹannaa khalaq̣naahu min nuṭfatiñ faʹiẓaa huwa khaṣeemum mubeen!

    ތިމަންރަސްކަލާނގެ އެއިންސާނާ ހައްދަވާފައިވަނީ ކޮންގޮތަކައް ކޮން އެއްޗަކުންކަން އޭނާ ފަހެ ނުބަލަނީ ބާވައެވެ. އެކަމާއި ފިކުރު ނުކުރަނީ ބާވައެވެ؟ ތިމަންރަސްކަލާނގެ އޭނާ ހައްދަވާފައިވަނީ نطفة އަކުންނެވެ. (ދެރަދެރަ) މަނި ފޮދުވަރަކުންނެވެ. ދެންފަހެ އެހައިރުން އޭނާ އެވަނީ ތިމަންރަސްކަލާނގެއާއި އިދިކޮޅު خصم އަކަށެވެ. ދެކޮޅުވެރިއަކަށެވެ. ބަޔާންވެގެންވާ ޢަދާވާތް ތެރިއަކަށެވެ.

  52. 36:78

    وَضَرَبَ لَنَا مَثَلًا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَـٰمَ وَهِىَ رَمِيمٌ

    Wa-ḍaraba lanaa mas̤alañw wanasiya khalq̣ah: q̣aala mañy yuḥyil ʻiz̤̣aama wa-hiya rameem?

    އަދި ޤިޔާމަތް ޤަބޫލް ނުކުރާ އެމީހާ ތިމަން ރަސްކަލާނގެއަށް ޖެހީ މިސާލެކެވެ. (އެކަށިކޮޅު ދިރުއްވުމާމެދު އިންކާރު ކުރުމެވެ.) އެކަމަކު އޭނާގެ ފުރަތަމަ ހެއްދެވުން އޭނާ ހަނދާންނެތިއްޖެއެވެ. އަދި އޭނާ ބުންޏެވެ. "ދުވަސްވެ ފީވެގެންވާ ޙާލު މިކަށި ދިރުވާނީ ކާކު ހެއްޔެވެ"؟ (އާދަމުގެ ދަރިންނަށް އެފަދަ ކަންތައް ނުވާނެތީ އޭނާ އެ ޤިޔާސް ކުރަނީ ﷲ އަށްވެސް އެކަން ނުވާނެ ކަމަށެވެ.)

  53. 36:79

    قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ

    Q̣ul yuḥ-yeehal laẓeee ʹañshaʹahaaa ʹawwala marrah! Wa-Huwa bikulli khalq̣in ʻAleem!

    (އޭ ރަސޫލުﷲއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! "އެކަށި ދިރުއްވާނީ އެންމެފުރަތަމަ ނެތުމުގެތެރެއިން އެތަކެހެއްދެވި ކަލާނގެއެވެ. ﷲ އެވެ. އަދި އެކަލާނގެ ހުރިހާ އެއްޗެއް ދެނެވޮޑިގެންވެއެވެ".

  54. 36:80

    ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًا فَإِذَآ أَنتُم مِّنْهُ تُوقِدُونَ

    ʹAllaẓee jaʻala lakum minash shajaril ʹakhḍari naarañ faʹiẓaaa ʹañtum minhu tooq̣idoon!

    އެކަލާނގެއީ ފެހި ރޯގަހުން ކަލޭމެންނަށްޓަކައި އަލިފާން ލެއްވިކަލާނގެއެވެ. އޭރުން ދެން ކަލޭމެން އެ އަލިފާން ރޯކުރެއެވެ. ދަންނައެވެ. މަރުވިމީސްތަކުން މަޙްޝަރަށް ފޮނުވޭނެ ކަމުގެ ދަލީލެއްގެ ގޮތުން ފެހިކޮށް ރޯކޮށް ހުންނަގަހުން އަލިފާން ނުކުންނަ މިސާލު ލައްވާފައި އެވަނީ އެކަމާމެދު ވިސްނާ ފިކުރުކުރުމަށްޓަކައެވެ. ފަހެ އެފަދަ ގަހުގައި އަލިފާންލެއްވި ކަލަކަށް މީސްތަކުން މަރުވުމަށްފަހު ދެވަނަފަހަރަށް ދިރުއްވުންވާނީ ކޮން އުނދަގުލަކަށްހެއްޔެވެ؟ مرخ ކިޔާ ގަހަކާއި العفِّار އެވެ ކިޔާ ގަހަކާއި ދެގަހުންކުރެ ކޮންމެ ގަހަކުން ދަނޑިއެއްކަނޑައި އެ ޅަކޮއް އޮއްވައި އެކަތި އަނެކެތީގައި ޖެއްސީމާ އަލީފާން ރޯވާކަމުގައި ވެއެވެ. އަދި އާދައިގެ ގަސްގަހުންވެސް ފޮއިގޮނޑި އެޅީމާ އަލިފާން ނުކުންނަކަމަކީ ޝައްކެއްނެތި އެނގޭ ކަމެކެވެ.

  55. 36:81

    أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِقَـٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّـٰقُ ٱلْعَلِيمُ

    ʹA-walaysal laẓee khalaq̣as samaawaati wal ʹarḍa bi-Q̣aadirin ʻalaaa ʹañyyakhluq̣a mis̤lahum?― Balaa! wa-Huwal Khallaaq̣ul ʻAleem!

    ނެތުމުގެތެރެއިން އުޑުތަކާއި ބިން އެހާ ފުރިހަމަކޮށް ހެއްދެވިފަރާތަކަށް އާދަމުގެ ދަރިން ދެވަނަފަހަރަށް އެފަދަ ގޮތަށް ހެއްދެވުން ކުޅަދާނަވެގެން ފަހެ ނުވާނެ ހެއްޔެވެ؟ ޖަވާބަކަށް ވާނީ އެގޮތަކަށްވެސް އެހެން ނުވާނެއެވެ. ކުޅަދާނަވާނެއެވެ. އެކަލާނގެއީ ހުރިހާތަކެތިހައްދަވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.

  56. 36:82

    إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ

    ʹInnamaaa ʹAmruhooo ʹiẓaaa ʹaraada shayʹan ʹañy yaq̣oola lahoo ˹KUÑ˺ fayakoon!

    އެކަލާނގެ ކަމެއް ކުރެއްވުމަށް އިރާދަ ކުރައްވަންޏާ އެކަލާނގެ އަމުރުފުޅު ވާކަން ކަށަވަރީ އެކަމަކަށް އެކަލާނގެ އަންގަވާނީ "ވާށޭ" އެހައިރުން އެކަމެއް އެވަނީ އެވެ.

  57. 36:83

    فَسُبْحَـٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَإِلَيْهِ تُرْجَعُونَ

    Fa-Subḥaanal laẓee biyadihee Malakootu kulli shayʹiñw waʹilayhi turjaʻoon

    ފަހެ އެކަލާނގެ ޤުދްރަތުގެ އަތްޕުޅުގައި ހުރިހާއެއްޗެއްގެ މިލްކު ވާކަލާނގެ ހުސް طَاهِرُ ވަންތައެވެ. ކަލޭމެން އެނބުރިރުޖޫޢަވުން ވަނީ ހަމަ އެކަލާނގެ ޙަޟްރަތަށެވެ.

  58. Surah As-SaffatBegins here at 37:1

  59. 37:1

    وَٱلصَّـٰٓفَّـٰتِ صَفًّا

    Waṣṣaaaffaati ṣaffaa.

    ދުނިޔޭގެ خلق ތަކުން ނަމާދަށް ސަފުހަދާލާފަދައަކުން އުޑުގައި ސަފުހައްދަވާ މަލާއިކަތްބޭކަލުން ނުވަތަ ﷲ ގެ أمر ފުޅުގެ إنتظار ގައި ފިޔަފުޅުތައް ފަތުރުއްވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وحي ކުރައްވައެވެ. (މި ދެތަރުޖަމާވެސްވެއެވެ.)

  60. 37:2

    فَٱلزَّٰجِرَٰتِ زَجْرًا

    Fazzaajiraati zajraa.

    ފަހެ އެކިއެކި ފަރާތަފަރާތަށް ވިލާތައް ބަދަލުކުރައްވާ މަލާއިކަތް ބޭކަލުން ގަންދެއްވައި ކަނޑައެޅިގެން ﷲ ހުވައި وحي ކުރައްވައެވެ.

  61. 37:3

    فَٱلتَّـٰلِيَـٰتِ ذِكْرًا

    Fattaaliyaati Ẓikraa.

    ފަހެ قرآن ކިޔަވާ ވިދާޅުވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وحي ކުރައްވައެވެ.

  62. 37:4

    إِنَّ إِلَـٰهَكُمْ لَوَٰحِدٌ

    ʹInna ʹIlaahakum la-Waaḥid!―

    ހަމަކަށަވަރުން ކަލޭމެންގެ إله އަކީ معبود އަކީ ހަމަ އެންމެ إله އެކެވެ. (އެކަލާނގެއަށް شريك އަކު ނުވެއެވެ.)

  63. 37:5

    رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَرَبُّ ٱلْمَشَـٰرِقِ

    Rabbus samaawaati wal-ʹarḍi wa-maa baynahumaa wa-Rabbul mashaariq̣!

    އެއީ އުޑުތަކާއި ބިން ހައްދަވައި އެތަކެތިބަލަހައްޓަވާ އެތަކެތީގެ ވެރި رب އެވެ. (ޝައްކެއްވެސް ނެތްގޮތުގައި މިބޮޑެތި مخلوق ތައް މިހާ ފުރިހަމަ ގޮތަކަށް ފުރިހަމަ نظام އެއްގެ މަތީ ހައްދަވާފައިވާ ވުން دليل ކޮށްދެނީ އެތަކެއްޗަށް ކުޅާދުންވަންތަ އެއްކައުވަންތަ رب އެއްވާކަމެވެ. އެއީ ހުރިހާ ތަކެތީގެ خالق އެވެ. އެއީ ﷲ އެވެ.)

  64. 37:6

    إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ

    ʹInnaa zayyannas samaaa ʹad-dunyaa bizeenatinil kawaakib,―

    ހަމަކަށަވަރުން ތަރިތަކުގެ زينة ތެރިކަމުން ދުނިޔެއާއި އެންމެ ގާތުގައިވާ ދުނިޔޭގެއުޑު ތިމަންރަސްކަލާނގެ ޒީނަތްތެރިކުރެއްވީމެވެ.

  65. 37:7

    وَحِفْظًا مِّن كُلِّ شَيْطَـٰنٍ مَّارِدٍ

    Wa-ḥifz̤̣am miñ kulli Shayṭaanim maarid,

    އަދި އެތަރިތައް ލެއްވި (އަނެއްކަމަކަށް) އުޑު ރައްކާތެރިކުރެއްވުންވެއެވެ. ތިމަންރަސްކަލާނގެ އެއުޑު ރައްކާތެރިކުރެއްވީމެވެ. އެއީ ނުކިޔަމަންތެރި ކޮންމެ شيطان އަކާއި ދިމާލަށް އެތަރިއެއް އެއްލައި އެސޮރު ފަހައިލެއްވުމަށެވެ. ނުވަތަ އެއިން ޖެހި އެސޮރު މަރައިލެއްވުމަށެވެ.

  66. 37:8

    لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ

    Laa- yassammaʻoona ʹilal Malaʹil ʹAʻlaa wa-yuq̣ẓafoona miñ kulli jaanib,

    އެ شيطان ތަކަކަށް އުޑުގެ أهل ވެރިންގެ އަޑު ނުއެހެއެވެ. އަޑުއެހުމަށްދާ ކޮންމެ شيطان އަކާ ދިމާލަށް ހުރިހާ ފަރާތަކުން ގިނިހިލަ އުކެއެވެ.

  67. 37:9

    دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ

    Duḥoorañw Walahum ʻaẓaabuñw waaṣib,

    އެއީ އެސޮރުމެން ބިރުގަންނަވައި އެސޮރުމެން ދުރުކުރުމަށެވެ. އަދި آخرة ގައި އެމީހުންނަށް ހުރީ ދާއިމީ عذاب އެކެވެ.

  68. 37:10

    إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌ ثَاقِبٌ

    ʹIllaa man khaṭifal khaṭfata faʹatbaʻahoo shihaabuñ s̤aaq̣ib.

    (މަލާއިކަތްބޭކަލުންގެ އަޑު ދަށުން) ބަސްޖަހައިގަންނަ شيطان ބައެއްފަހަރަށް ބަސްޖަހައިގަނެއެވެ. އެޔާވިދިގެން އެސޮރާދިމާއަށް ލޯވަޅުތޮރުފައިލާ ކަހަލަ އަލިކުރާ ތަރިއެއް ފޮނުވައިލައެވެ. (ބައެއްފަހަރު އެތަރިންޖެހި އެސޮރު ހަލާކުވެއެވެ. އަނެއްބައިފަހަރު ހިލައައުމުގެ ކުރިން އެސޮރު ބަޗައިގަނެއެވެ.)

  69. 37:11

    فَٱسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَآ ۚ إِنَّا خَلَقْنَـٰهُم مِّن طِينٍ لَّازِبٍۭ

    Fastaftihim ʹahum ʹashaddu khalq̣an ʹam man khalaq̣naa? ʹInnaa khalaq̣naahum miñ ṭeenil laazib!

    (އޭ رسول الله އެވެ!) ކަލޭގެފާނު ނިކަން އެބައިމީހުން ކުރެން فتوى އައްސަވައިބައްލަވާށެވެ! ތިމަންރަސްކަލާނގެ ހެއްދެވި އުޑުތަކާއި ބިމާއި މަލާއިކަތްބޭކަލުންނާއި މިފަދަ މިފަދަ خلق ތަކުންތޯ ހެއްދެވުން އުދަގޫ ވެފައިގަދައީ ނުވަތަ އެމީހުންގެ نفس ތައްތޯ ނިކަން އެމީހުންކުރެން އައްސަވައި ބައްލަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ހައްދަވާފައިވާނީ އަތްލީމާ އަތުގައި ތަތްލާކަހަލަ ތަތްމަށިންނެވެ.

  70. 37:12

    بَلْ عَجِبْتَ وَيَسْخَرُونَ

    Bal ʹajibta wa-yaskharoon,

    (އޭ ﷲ ގެ رسول އާއެވެ!) ކަލޭގެފާނު ﷲ ގެ قدرة ތެރިކަމާއިމެދު عجائب ވެވަޑައިގަންނަވަނީއެވެ. އަދި قيامة އަށް އިންކާރުކުރާ މީހުން ހީހީފައި މަލާމަތް ކުރަނީއެވެ. (މިހުރީ ދެފަރާތުގެ ތަފާތެވެ.)

  71. 37:13

    وَإِذَا ذُكِّرُوا۟ لَا يَذْكُرُونَ

    Wa-ʹiẓaa ẓukkiroo laa- yaẓkuroon,―

    އަދި އެމީހުންނަށް وعظ އާއި نصيحة ދެވިއްޖެއްޔާވެސް އެމީހުން وعظ އާއި نصيحة ލިބި ނުގަނެއެވެ.

  72. 37:14

    وَإِذَا رَأَوْا۟ ءَايَةً يَسْتَسْخِرُونَ

    Wa-ʹiẓaa raʹaw ʹaayatañ yastaskhiroon.

    އަދި رسول الله ﷺ ގެ معجزة ތަކުގެ ތެރެއިން معجزة އެއް އެމީހުންނަށް ފެނިއްޖެއްޔާވެސް އެމީހުން މަލާމަތްކޮށް ފުރައްސާރަކުރަނީއެވެ.

  73. 37:15

    وَقَالُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ

    Wa-q̣aalooo ʹin haaẓaaa ʹillaa siḥrum mubeen!

    އަދި އެމީހުން ބުނެއެވެ. މިއީ ރަނގަޅަށް بيان ވެފައުޅުވެގެންވާ سحر އެއްކަމުގައި މެނުވީ ނުވެއެވެ.

  74. 37:16

    أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ

    ʹA-ʹiẓaa mitnaa wa-kunnaa turabañw waʻiz̤̣aaman ʹa-ʹinnaa lamabʻoos̤oon.

    އަދި އެމީހުން- يعني قيامة قبول ނުކުރާ މީހުން- ބުނެއެވެ. "އަހުރެމެން މަރުވެ ވެއްޔައްވެ ކަށިތައްވެސް ފީވެ ދިއުމަށްފަހު އަލުން ދިރިގެން އަހުރެމެން ފޮނުވޭނެ ހެއްޔެވެ؟

  75. 37:17

    أَوَءَابَآؤُنَا ٱلْأَوَّلُونَ

    ʹA-waʹaabaaaʹunal ʹawwaloon?

    "އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންވެސް ހަމަފޮނުވޭނެހެއްޔެވެ؟ (ތިޔައީ ވާނޭ ކަމެއްނޫނެވެ.) "

  76. 37:18

    قُلْ نَعَمْ وَأَنتُمْ دَٰخِرُونَ

    Q̣ul naʻam wa-ʹañtum daakhiroon.

    ކަލޭގެފާނު ވިދާޅުވާށެވެ. އާއެކެވެ. ފޮނުވޭނެއެވެ. އަދި ކަލޭމެން ފޮނުވޭނީ ދެރަކުރެވި ނިކަމެތި ކުރެވިގެންވާ حال ގައެވެ.

  77. 37:19

    فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ فَإِذَا هُمْ يَنظُرُونَ

    Faʹinnamaa hiya zajratuñw waaḥidatuñ faʹiẓaa hum yañz̤̣uroon!

    އެކަން ވާކަންކަށަވަރީ- އެބަހީ ދިރިގެން محشر އަށް ފޮނުއްވޭނެކަން ކަށަވަރީ- ހަމަ އެންމެ އަޑު ފަށަކުންނެވެ. (އެއީ إسرافيل ގެފާނު ތާޅަފިލި ފުންމަވައި ލެއްވުމުންނެވެ.) އެހައިރުން އެންމެން ކަށްވަޅުތަކުން ތެދުވެބަލަބަލާ ތިބޭނެއެވެ.

  78. 37:20

    وَقَالُوا۟ يَـٰوَيْلَنَا هَـٰذَا يَوْمُ ٱلدِّينِ

    Wa-q̣aaloo yaa-waylanaa haaẓaa Yawmud deen!

    އަދި އެމީހުން يعني قيامة قبول ނުކުރާ މީހުން- ބުނާނެއެވެ. އޭއަހުރެމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިއީ عمل ތަކަށް ޖަޒާ ދެއްވާނޭ ދުވަހެވެ. (މަލާއިކަތް ބޭކަލުން ވިދާޅުވާނެއެވެ.)

  79. 37:21

    هَـٰذَا يَوْمُ ٱلْفَصْلِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ

    Haaẓaa Yawmul Faṣlil laẓee kuñtum̃ bihee tukaẓẓiboon!

    "އާއެކެވެ. މިއީ ޙުކުމްކުރެވި ނިޔާ ކުރެވޭނެ ދުވަހެވެ. މިއީ عمل ތަކަށް ޖަޒާ ދެއްވާ ދުވަހެވެ. އަދި މިއަދަކީ (ދުނިޔޭގައި ކަލޭމެން ތިބިއިރު) އެދުވަސް ދޮގުކުރާ ކަމުގައި ވީދުވަހެވެ."

  80. 37:22

    ۞ ٱحْشُرُوا۟ ٱلَّذِينَ ظَلَمُوا۟ وَأَزْوَٰجَهُمْ وَمَا كَانُوا۟ يَعْبُدُونَ

    ʹUḥshurul laẓeena z̤̣alamoo wa-ʹazwaajahum wa-maa kaanoo yaʻbudoon.

    (ﷲ تَعَالى މަލާއިކަތް ބޭކަލުންނަށް އަންގަވާނެއެވެ.) ތިޔަބޭކަލުން އަނިޔާވެރިވި މީހުން ހިފަހައްޓަވައި އެއްކުރައްވާށެވެ. އަދި شَيْطَان ންގެ ތެރެއިންވެސް އެބާވަތުގެ މީހުން އެއްކުރައްވާށެވެ. އަދި އެޔާއެކު އެމީހުން އަޅުކަންކުރި ތަކެތިވެސް (އެމީހުންނާއެކު) އެއްކުރައްވާށެވެ.

  81. 37:23

    مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَٰطِ ٱلْجَحِيمِ

    Miñ doonil laahi fahdoohum ʹilaa Ṣiraaṭil Jaḥeem!

    އެއީ ﷲ ފިޔަވައި އެމީހުން އަޅުކަންކުރި ތަކެއްޗެވެ. އަދި އެބައިމީހުންނަށް ނަރަކައިގެ މަގަށް މަގުދައްކާނެއެވެ.

  82. 37:24

    وَقِفُوهُمْ ۖ إِنَّهُم مَّسْـُٔولُونَ

    Waq̣ifoohum ʹinnahum masʹooloon:

    އަދި އެމީހުން ހުއްޓުވާށެވެ. އެމީހުންނަކީ ސުވާލު ވެވޭނެ ބަޔެކެވެ. އެމީހުން ނަރަކައަށް ގެންދާނީ ހިސާބު ބެއްލެވުމަށް ފަހުގައެވެ.

  83. 37:25

    مَا لَكُمْ لَا تَنَاصَرُونَ

    Maa- lakum laa- tanaaṣaroon?

    (އަދި އެމީހުންނަށް ބުނެވޭނެއެވެ.) ކަލޭމެން ދުނިޔޭގައި އެކަކު އަނެކަކަށް ނަޞްރުދިން ފަދައިން މިއަދު އެކަކު އަނެކަކަށް ނަޞްރުނުދެނީ ކީއްވެގެންހެއްޔެވެ؟

  84. 37:26

    بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ

    Bal humul yawma mustaslimoon;

    އަދި ކިޔެއް ހެއްޔެވެ؟ މިއަދު އެމީހުން އެވަނީ ދެރަވެ ކިޔަމަން ކުރެވިގެންނެވެ.

  85. 37:27

    وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ

    Wa-ʹaq̣bala baʻḍuhum ʻalaa baʻḍiñy yatasaaaʹaloon.

    އަދި އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތި ލައިގެން ތިބެ (ރުޅިއައިސްގެން އަރައިރުން ވުމުގެ) ސުވާލުތައްކުރާނެއެވެ.

  86. 37:28

    قَالُوٓا۟ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ

    Q̣aalooo ʹinnakum kuñtum taʹtoonanaa ʻanil yameen!

    އެމީހުން ބުނާނެއެވެ. އެބަހީ ތަބަޢަވީ މީހުން ތަބަޢަ ވެވުނު މީހުންނަށް ބުނާނެއެވެ. ހަމަކަށަވަރުން ކަލޭމެން އަހުރެމެންނަށް ޙައްޤު ފިޔަވައި ވަސްވާސްތައް ދިނީއެވެ.

  87. 37:29

    قَالُوا۟ بَل لَّمْ تَكُونُوا۟ مُؤْمِنِينَ

    Q̣aaloo bal lam takoonoo Muʹmineen!

    އަނެއްބައި މީހުން ބުންޏެވެ. (އެބަހީ ތަބަޢަވެވުނު ބޮޑެތި މީހުން ތަބަޢަވީ މީހުންނާ ދިމާއަށް ބުނާނެއެވެ.) އެހެން ވީއެއްނޫނެވެ. ކަލޭމެން ހަމަ މުއުމިނުން ކަމުގައި ނުވަނީ އެވެ. ކަލޭމެންގެ ހިތްތައްވީ ކާފަރުކަމަށް ލެނބިގެންނެވެ.

  88. 37:30

    وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَـٰنٍۭ ۖ بَلْ كُنتُمْ قَوْمًا طَـٰغِينَ

    Wa-maa kaana lanaa ʻalaykum miñ sulṭaan. Bal kuñtum q̣awmañ ṭaag̣een!

    (އަދި مجرم ންގެ މީހުންގެ ތެރެއިން تبع ވެވުނު ބޮޑެތި މީހުން ދެރަމީހުންނާ ދިމާއަށް ބުނެއެވެ.) ކަލޭމެންގެ މައްޗަކަށް އަހުރެމެންނަކަށް އެއްވެސް ބާރެއްލިބިގެންނުވެއެވެ. އަދި ކިޔެއްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. ކަލޭމެންނަކީ ހަމަ (ކާފަރުކަމާއި މަގުފުރެދުމުގައި) ހައްދުފަހަނަޅާފައިވާ ބައެކެވެ. ނުކިޔަމަންތެރި ބައެކެވެ.

  89. 37:31

    فَحَقَّ عَلَيْنَا قَوْلُ رَبِّنَآ ۖ إِنَّا لَذَآئِقُونَ

    Faḥaq̣q̣a ʻalaynaa Q̣awlu Rabbinaaa ʹinnaa laẓaaaʹiq̣oon.

    "އަހުރެމެން ދެބައި މީހުންގެ މައްޗަށްވެސް އަހުރެމެންގެ ربّ ގެ (عذاب ގެ) ބަސްފުޅު حق ވީއެވެ. ހަމަކަވަރުން އަހުރެމެންނަކީ އޭގެ ރަހަ ލިބޭނެ ބައެކެވެ."

  90. 37:32

    فَأَغْوَيْنَـٰكُمْ إِنَّا كُنَّا غَـٰوِينَ

    Faʹag̣waynaakum ʹinnaa kunnaa g̣aaween.

    "ފަހެ އަހުރެމެން ކަލޭމެން މަގުފުރެއްދީމެވެ. (އެބަހީ އަހުރެމެން ތިބިގޮތަށް ކަލޭމެންނަށްވެސް ގޮވީމެވެ. ދެން ކަލޭމެންވެސް އަހުރެމެންނާ އެއްގޮތަށް ހެދީއެވެ.) އަހުރެމެންނީ މަގުފުރައްދާ މީހުންނެވެ."

  91. 37:33

    فَإِنَّهُمْ يَوْمَئِذٍ فِى ٱلْعَذَابِ مُشْتَرِكُونَ

    Faʹinnahum Yawmaʹiẓiñ fil ʻAẓaabi mushtarikoon.

    ފަހެ ހަމަކަށަވަރުން އެމީހުން އެދުވަހުން عذاب ގައި ބައިވެރިވާނެއެވެ. (އެބަހީ تبع ވީ މީހުންނާއި އަދި تبع ވެވުނު ބޮޑެތި މީހުންނާއި عذاب ގައި ބައިވެރިވާނެއެވެ.

  92. 37:34

    إِنَّا كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ

    ʹInnaa kaẓaalika nafʻalu bil-mujrimeen.

    އަދި ހަމަކަށަވަރުން مجرم ންނާއިމެދު އެބަހީ ކުށްވެރިންނާއި މެދު ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ. (އެބަހީ ކޮންމެ ވައްތަރެއްގެ ކުށުގެ ވެރިން އެބާވަތުގެ ކުށުގެ ވެރިންނާއި އެކުގައެވެ. ޒިނޭކުރި މީހުން ޒިނޭކުރި މީހުންނާއި އެކުގައެވެ. މީހުންމެރި މީހުން އެފަދަ މީހުންނާއިއެކުގައެވެ. ދެން އެގޮތަށެވެ....

  93. 37:35

    إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَـٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ

    ʹInnahum kaanooo ʹiẓaa q̣eela lahum ˹Laaa ʹilaaha ʹillal laahu˺ yastakbiroon,

    ހަމަކަށަވަރުން އެމީހުންވީ لاَ إلَهَ إلاَّ الله ކިޔާށޭ އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބޮޑާވެ އެބަސްފުޅު ނުކިޔައި އެއިން މޫނު އަނބުރައިލާ މީހުންކަމުގައެވެ.

  94. 37:36

    وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍ مَّجْنُونٍۭ

    Wa-yaq̣ooloona ʹaʹinnaa lataarikooo ʹaalihatinaa lishaaʻirim majnoon?

    އަދި އެމީހުން ބުނެއެވެ. "މޮޔަވެފައިވާ ޅެންވެރިއެއްގެ ބަހަށް (رسول الله ﷺ ގެ ބަހަށް) އަހަރެމެންގެ إله ންތައް އަހަރެމެން ހަމަ ދޫކޮށްލަންވީ ހެއްޔެވެ؟ އެހެން ދޫނުކޮށްލެވޭނެއެވެ."

  95. 37:37

    بَلْ جَآءَ بِٱلْحَقِّ وَصَدَّقَ ٱلْمُرْسَلِينَ

    Bal jaaaʹa bil-Ḥaq̣q̣i wa-ṣaddaq̣al mursaleen.

    އަދި ކިޔެއް ހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އެކަލޭގެފާނު ވަޑައިގެންނެވީ حق ކަމުގައިވާ ކީރިތި قرآن އާއިގެންނެވެ. އަދި އެއީ އެކަލޭގެފާނުންގެ ކުރީގެ رسول ބޭކަލުންވެސް ވިދާޅުވި حق ތެދު ބަހެވެ. އެބަހީ އެބޭކަލުންވެސް ވިދާޅުވީ ﷲ ގެ އެއްކައުވަންތަކަމުގެ ވާހަކައާއި قيامة ވާނެކަމާއި ނުކިޔަމަންތެރިންނަށް عذاب ހުރި ވާހަކައާއި މިބާވަތުގެ ވާހަކައެވެ. އެކަލޭގެފާނުވެސް ހަމަ އެއްވާހަކައެވެ.

  96. 37:38

    إِنَّكُمْ لَذَآئِقُوا۟ ٱلْعَذَابِ ٱلْأَلِيمِ

    ʹInnakum laẓaaaʹiq̣ul ʻAẓaabil ʹAleem;

    އަދި ހަމަކަށަވަރުން ކަލޭމެންނަކީ ވޭންދެނިވި عذاب ގެ ރަހަ ލިބިގަންނާނޭ ބަޔެކެވެ. (މިއީ مجرم ން ނަރަކައަށް ވައްދަން ގެންދެވޭއިރު އެމީހުންނަށް އިއްވޭ އިއްވުމެކެވެ.)

  97. 37:39

    وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ

    Wa-maa tujzawna ʹillaa maa- kuñtum taʻmaloon;

    އަދި ކަލޭމެން ދުނިޔޭގައި ކުރި ކަމަކަށްމެނުވީ ކަލޭމެންނަށް جزاء ނުލިބޭނެއެވެ.

  98. 37:40

    إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

    ʹIllaa ʻibaadal laahil mukhlaṣeen.

    އެކަމަކު ﷲ ގެ إخلاص ތެރި އަޅުން މެނުވީއެވެ. އެމީހުންނަކަށް عذاب ގެ ރަހައެއްނުލިބޭނެއެވެ.

  99. 37:41

    أُو۟لَـٰٓئِكَ لَهُمْ رِزْقٌ مَّعْلُومٌ

    ʹUlaaaʹika lahum Rizq̣um maʻloom,

    އެބައި މީހުންނަށް - އެބަހީ ﷲ ގެ އިޚްލާސްތެރި އަޅުންނަށް - ކަނޑައެޅިގެންވާ ރިޒުޤުވެއެވެ. ސުވަރުގޭގައެވެ. (ރަހައިގެ ރަނގަޅުކަމާއި ކެނޑިދިއުމެއް ނެތްކަމާއި ބޭނުން ވަގުތަކު ލިބޭ ކަމާއި މިހުރިހާ ކަމެއް އެނގި ބާޔާންވެގެންވާ ރިޒުޤެވެ.)

  100. 37:42

    فَوَٰكِهُ ۖ وَهُم مُّكْرَمُونَ

    Fawaakihu wa-hum mukramoon,

    އެއީ މޭވާގެ ބާވަތްތަކެވެ. (ދުލުން ބުނަން ނޭނގޭ ހިތްތަކަށް ތަޞައްވަރު ނުކުރެވޭހާ މީރު މޭވާތަކެވެ.) އަދި އެމީހުން ސުވަރުގޭގައި ވަނީ މާތްކުރެވިގެންނެވެ. (ﷲ އާއި ބައްދަލުވުމުގެ މާތްކަމެވެ. އެކަލާނގެ ބަސްފުޅު އެހުމުގެ މާތްކަމެވެ. އެކަލާނގެ ރުއްސެވުމުގެ މާތްކަމުގައެވެ. ސުވަރުގޭގެ ގިނަ ނިޢުމަތުގެ މާތްކަމުގައެވެ.)

  101. 37:43

    فِى جَنَّـٰتِ ٱلنَّعِيمِ

    Fee Jannaatin Naʻeem,

    އެމީހުން ތިބޭނީނިޢުމަތްތަކުގެ ވެރި ސުވަރުގެ ތަކުގައެވެ.

  102. 37:44

    عَلَىٰ سُرُرٍ مُّتَقَـٰبِلِينَ

    ʻAlaa sururim mutaq̣aabileen:

    އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިވާގޮތަށް އެނދުދާންކޮޅު ތަކުގައެވެ.

  103. 37:45

    يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍۭ

    Yuṭaafu ʻalayhim̃ bikaʹsim mim maʻeen,

    އެމީހުން އެނިޢުމަތުގައި ތިބޭއިރު ރަހަ މީރު ރާތަށިތަށް އެމީހުންގެ ކައިރީގައި ދައުރުކުރެވޭނެއެވެ.

  104. 37:46

    بَيْضَآءَ لَذَّةٍ لِّلشَّـٰرِبِينَ

    Bayḍaaaʹa laẓẓatillish shaaribeen,

    އެ ރާ ސާފުވެ ހުދުވެގެންވެއެވެ. (ސާފު ރިހި ފަދައެވެ.) ބޯމީހުންނަށް ރަހަމީރު ލައްޒަތު ހުރި ރަލެކެވެ.

  105. 37:47

    لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ

    Laa- feehaa g̣awluñw walaa hum ʻanhaa yuñzafoon.

    އޭގެ ސަބަބުން ބަނޑުގައި ރިހުމެއް ބޮލުގައި ރިހުމެއް ނުވެއެވެ. އަދި (ދުނިޔޭގެ ރާބުއިމާވާގޮތަށް) އެރާބުއިމުން އެމީހުން މަސްތުނުވާނެއެވެ.

  106. 37:48

    وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ عِينٌ

    Wa-ʻiñdahum q̣aaṣiraatuṭ ṭarfi ʻeen,

    އަދި އެމީހުންނަށް މާތްވެގެންވާ حُوْرُ العِينُ އަންހެން ކުދިންވެއެވެ. އެކަނބަލުންގެ ލޯތަށް ހުއްޓިގެންވާނީ ހަމައެކަނި އެކަނބަލުންގެ ފިރިންނާ ދިމާއަށެވެ. އެކަނބަލުންގެ ލޯތައް ތަނަވަސްވެ ރީތި ވެގެންވެއެވެ.

  107. 37:49

    كَأَنَّهُنَّ بَيْضٌ مَّكْنُونٌ

    Kaʹannahunna bayḍum maknoon.

    އެކަނބަލުންގެ ރީތިކަން ކޮންފަދަ ހެއްޔެވެ؟ ރީތިކޮށް ރައްކާކުރެވިގެންވާ (نعام ދޫނީގެ) ބިހެއް ފަދައެވެ. (މިމިސާލަކީ އަންހެނުންގެ ދޮންކަމާއި ސާފުކަމާއި ލޫޅާފަތިކަމާއި ޗާލުކަމާއި އަދި ރީތިކަން ސިފަކުރުމަށް عرب ން ޖަހައި އުޅޭ މިސާލެކެވެ.)

  108. 37:50

    فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ

    Faʹaq̣bala baʻḍuhum ʻalaa baʻḍiñy yatasaaaʹaloon.

    އަދި އޭގެ އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލައިގެން ތިބެ (ދުނިޔޭގެ އެކި އެކި حال ތަކާއި މެދު) ސުވާލުކުރާނެއެވެ. މަޖާ ނަގާ ހަދާނެއެވެ.

  109. 37:51

    قَالَ قَآئِلٌ مِّنْهُمْ إِنِّى كَانَ لِى قَرِينٌ

    Q̣aala q̣aaaʹilum minhum ʹinnee kaana lee q̣areen,

    އަދި އޭގެތެރެއިން ބުނާ މީހަކު ބުނާނެއެވެ. ހަމަކަށަވަރުން (قيامة قبول ނުކުރާ ކާފަރު) رحمة ތެރިއަކު އަހުރެންނަށް ދުނިޔޭގައި ވިއެވެ.

  110. 37:52

    يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ

    Yaq̣oolu ʹa-ʹinnaka laminal muṣaddiq̣een?

    މަލާމާތުގެ ގޮތުން އޭނާ އަހުރެންނަށް ބުނެއެވެ. ކަލޭވެސް ތިޔައީ (قيامة) ތެދުކޮށް قبول ކުރާ މީހުން ކުރެ މީހަކު ހެއްޔެވެ؟

  111. 37:53

    أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَدِينُونَ

    ʹA-ʹiẓaa mitnaa wa-kunnaa turaabañw waʻiz̤̣aaman ʹa-ʹinnaa lamadeenoon?

    "އަހުރެމެން މަރުވެ މަސްތައް ފީވެގޮސް ކަށްޓައްވެ ކަށި ފީވެ ވެއްޔަށްވުމަށް ފަހު (އަލުން ދިރުވިގެން) عمل ތަކަށް ހިސާބު ބައްލަވާ ޖަޒާދެއްވާނެހެއްޔެވެ؟" (އެއީ ވާނެ ކަމެއްނޫނެވެ.)

  112. 37:54

    قَالَ هَلْ أَنتُم مُّطَّلِعُونَ

    Q̣aala hal ʹañtum muṭṭaliʻoon?

    އަދި އޭނާގެ جليس ންނަށް އެ مؤمن މީހާ ބުނާނެއެވެ. "ކަލޭމެން އަހުރެންނާއެކު އޭނާ ކޮބައިތޯ ނަރަކަ ބަލައިލަން އައިސް ބަލާށެވެ. އައިސްފާނުހެއްޔެވެ؟"

  113. 37:55

    فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ

    Faṭṭalaʻa faraʹaahu fee sawaaaʹil Jaḥeem.

    ދެންފަހެ އެމީހުން ގޮސް ނަރަކަ ބަލާއިރު އޭނާ ފެންނާނީ ނަރަކައިގެ މެދުގައި ވަނިކޮށެވެ.

  114. 37:56

    قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ

    Q̣aala tallaahi ʹiñ kitta laturdeen!

    ދެން އެ مؤمن މީހާ ކާފަރުމީހާއާއި ދިމާލަށް ބުނާނެއެވެ. "ﷲ ގަންދީ ބުނަމެވެ. ކަލޭ އަހުރެންނަށް ވަސްވާސްދީ އަހަރެންވެސް ތިޔަ ނަރަކައަށް ވައްޓައިލުމަށް ގާތްވެގެންވިއެވެ.

  115. 37:57

    وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ

    Wa-lawlaa Niʻmatu Rabbee lakuñtu minal muḥḍareen!

    އަހުރެންގެ رب ގެ نعمة އަހުރެންނަށް ނުވިނަމަ ހަމަކަށަވަރުން އަހުރެންވެސް ކަލޭއާއެކު ތިޔަ ނަރަކައަށް حاضر ވީ މީހުންގެ ތެރެއިން ވީހެވެ."

  116. 37:58

    أَفَمَا نَحْنُ بِمَيِّتِينَ

    ʹAfamaa naḥnu bimayyiteen,

    އެ مؤمن މީހާ (މަޖާވެގެން އޭނާގެ ސުވަރުގޭގެ އެކުވެރިންނަށް) ބުނާނެއެވެ. އަހުރެމެން ދެން ހަމަ މަރުނުވާނެހެއްޔެ؟

  117. 37:59

    إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ

    ʹIllaa mawtatanal ʹoolaa wa-maa naḥnu bimuʻaẓẓabeen?

    އަހުރެމެން (ދުނިޔޭގެ حياة ގައި އުޅެނިކޮށް) އެވީ ފުރަތަމަ މަރު މެނުވީ ދެން މަރު ނުވާނެއެވެ. އަދި عذاب ދެއްވޭ މީހުންގެ ތެރެއިން އަހުރެމެން ނުވިއެވެ.

  118. 37:60

    إِنَّ هَـٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ

    ʹInna haaẓaa lahuwal fawzul ʻaz̤̣eem!

    ހަމަކަށަވަރުން މިއީ ބޮޑުވެގެންވާ ނަސީބެވެ.

  119. 37:61

    لِمِثْلِ هَـٰذَا فَلْيَعْمَلِ ٱلْعَـٰمِلُونَ

    Limis̤li haaẓaa falyaʻmalil ʻaamiloon.

    "މިފަދަ ނަސީބަށްޓަކައި عمل ކުރާ މީހުން عمل ކުރާ ހުށިކަމެވެ. ހެޔޮ عمل ކުރާ ހުށިކަމެވެ."

  120. 37:62

    أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ

    ʹAẓaalika khayrun nuzulan ʹam Shajaratuz Zaq̣q̣oom?

    މެހުމާނުން ފައިބާތިބޭ ގޮތަށް ފައިބާތިބޭން ހެޔޮވެގެންވަނީ އިސްވެދިޔަފަދަ ސިފަހުރި ސުވަރުގެ ހެއްޔެވެ؟ ނުވަތަ ނުބައިވެގެންވާ زَقُّوم ގަސްހެއްޔެވެ؟

  121. 37:63

    إِنَّا جَعَلْنَـٰهَا فِتْنَةً لِّلظَّـٰلِمِينَ

    ʹInnaa jaʻalnaahaa fitnatal liz̤̣z̤̣aalimeen.

    ތިމަންރަސްކަލާނގެ އެގަސް ލެއްވީ އަނިޔާވެރިންނަށްވާ ފިތުނައެއްގެ ގޮތުގައެވެ. (އެބަހީ ނަރަކައިގާ ގަހެއް ނުހުންނަ ވާހަކަ އެންގެވީމާ ކާފަރުންގެ މީހުން ޤަބޫލުނުކުރިއެވެ. އެހެނީ އަލިފާނަކީ ގަސްއަންދާ އެއްޗެކެވެ. އެމީހުންބުނީ އަލިފާނުގައި ގަސްހުންނާނީ ކޮންފަދައަކުން ހެއްޔެވެ؟

  122. 37:64

    إِنَّهَا شَجَرَةٌ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ

    ʹInnahaa shajaratuñ takhruju feee ʹaṣlil Jaḥeem:

    ހަމަކަށަވަރުން އެގަސްފަޅާފައިވަނީ ނަރަކައިގެ އެންމެ އަޑިންނެވެ. (އޭގެ ގޮފިތަށް ނަރަކައިގެ އެންމެހާ ތަނަކަށް ފެތިރުފައިވާނެއެވެ.)

  123. 37:65

    طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَـٰطِينِ

    Ṭalʻuhaa kaʹannahoo ruʹoosush shayaaṭeen:

    އަދި އެއިން ނުކުންނަ މޭވާ ނުވަތަ މޭވާގެ ނަމުގައި ނުކުންނަ އެތި ކޮންފަދަ ހެއްޔެވެ؟ އެތަކެތި ހީވަނީ ސައިތާނުންގެ ބޯތަކެއް ހެންނެވެ. (އެހާވަސްނުބައިވެފައި ހަޑިވެފައި ހިތިވާނެއެވެ.)

  124. 37:66

    فَإِنَّهُمْ لَـَٔاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ

    Faʹinnahum laʹaakiloona minhaa famaaliʹoona minhal buṭoon.

    ފަހެ ހަމަކަށަވަރުން ނަރަކައިގެ އަހުލު ވެރިން އެގަހުން ނުވަތަ އެގަހުގެ މޭވާއިން ކާނެއެވެ. އެމީހުންގެ ބަނޑުތައް އެއިން ފުރާނެއެވެ.

  125. 37:67

    ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ

    S̤umma ʹinna lahum ʻalayhaa lashawbam min ḥameem.

    ފަހެ ހަމަކަށަވަރުން އެމީހުން އޭގެ މައްޗަށް ބުއިމެއް ބޯނެއެވެ. އެއީ ހޫނުކަން ގަދަވެގެންގޮސް ދެން އެހެން ދަރަޖައެއްނުވާ حَمِيم އެވެ ކިޔާ ފެނެކެވެ.

  126. 37:68

    ثُمَّ إِنَّ مَرْجِعَهُمْ لَإِلَى ٱلْجَحِيمِ

    S̤umma ʹinna marjiʻahum laʹilal Jaḥeem.

    ދެން އަލުންވެސް އެމީހުންގެ ތަނަކީ ހަމަ ނަރަކައެވެ.

  127. 37:69

    إِنَّهُمْ أَلْفَوْا۟ ءَابَآءَهُمْ ضَآلِّينَ

    ʹInnahum ʹalfaw ʹaabaaaʹahum ḍaaalleen;

    ހަމަކަށަވަރުން އެމީހުން (ދުނިޔޭގައި އުޅުނު އިރު) އެމީހުން ދުށީ އެމީހުންގެ މަގުފުރެދުނު އިސްވެ ދިޔަ ކާބަފައިންނެވެ.

  128. 37:70

    فَهُمْ عَلَىٰٓ ءَاثَـٰرِهِمْ يُهْرَعُونَ

    Fahum ʻalaaa ʹaas̤aarihim yuhraʻoon!

    ދެން މި މީހުންވެސް އެކާބަފައިންގެ އަސަރުގެ މަތީގައި އަވަސްވެ ގަތީއެވެ. ކާބަފައިން ހެދިގޮތަށް ހެދީއެވެ.

  129. 37:71

    وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ ٱلْأَوَّلِينَ

    Wa-laq̣ad ḍalla q̣ablahum ʹaks̤arul ʹawwaleen;―

    އަދި ހަމަކަށަވަރުން މި މީހުންގެ ކުރިން (މައްކާގެ މުޝްރިކުންގެ ކުރިން) އެތަށްގިނަ ބަޔަކު މަގުފުރެދިގެންގޮސްފައި ވެއެވެ. (އެއީ އިސްވެދިޔަ އުއްމަތްތަކެވެ.)

  130. 37:72

    وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ

    Wa-laq̣ad ʹarsalnaa feehim muñẓireen;―

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ތެރެއަށް އިންޒާރު ދެއްވާނޭ ރަސޫލު ބޭކަލަކު ފޮނުއްވީމެވެ.

  131. 37:73

    فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُنذَرِينَ

    Fañz̤̣ur kayfa kaana ʻAaq̣ibatul muñẓareen,―

    ދެންފަހެ އިންޒާރު ކުރެވުނު ޤައުމުތަކުގެ ފަހުކޮޅު އެމީހުންގެ ނިމުން ދިޔައީ ކިހިނަކުންތޯ ނިކަންބަލައިބަލާށެވެ. (ހަލާކުވެ ބަރުބާދު ވެގެން ދިޔައީއެވެ.)

  132. 37:74

    إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

    ʹIllaa ʻibaadal laahil mukhlaṣeen.

    ހަމައެކަނި ސަލާމަތްވަނީ (އީމާންކަމާއި تَوْحِيد ގެ މަގަށް تَوْفِيق ދެއްވުނު) ﷲ ގެ އިޚްލާސްތެރި އަޅުންނެވެ. މާތް މުއުމިނުންނެވެ.

  133. 37:75

    وَلَقَدْ نَادَىٰنَا نُوحٌ فَلَنِعْمَ ٱلْمُجِيبُونَ

    Wa-laq̣ad naadaanaa Nooḥuñ falaniʻmal Mujeeboon,

    އަދި ހަމަކަށަވަރުން نوح عليه السلام ތިމަންރަސްކަލާނގެއަށް ދުޢާކުރައްވައި މުނާޖާ ދެންނެވިއެވެ. ފަހެ ތިމަންރަސްކަލާނގެއީ ޖަވާބު ދެއްވުމުގައި ހެޔޮވެގެންވާ ފަރާތެވެ.

  134. 37:76

    وَنَجَّيْنَـٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ

    Wa-najjaynaahu wa-ʹahlahoo minal Karbil ʻAz̤̣eem,

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ (ދީނީގޮތުން) އަހުލުވެރިން ބޮޑުވެގެންވާ ހިތާމައިން ސަލާމަތްކުރެއްވީމެވެ. އެއީ طُوْفَانُ ންނެވެ.

  135. 37:77

    وَجَعَلْنَا ذُرِّيَّتَهُۥ هُمُ ٱلْبَاقِينَ

    Wa-jaʻalnaa ẓurriyyatahoo humul baaq̣een.

    އަދި އެކަލޭގެފާނުންގެ ދަރިފަސްކޮޅު ޒަމާނަށް ދެމިއޮންނަ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. * ދަންނައެވެ. نوح عليه السلام ގެ ތޫފާނުގައި އެންމެހައި ކާފަރުން ދުނިޔެއިން މަރުވެގެންދިޔައީއެވެ. ނާކޮޅުގައި ހަމައެކަނި ތިބީ މުއުމިނުންނެވެ. އެމީހުން ފަހުން ދަރިފަސްކޮޅުނެތި މަރުވެދިޔައީއެވެ. ހަމައެކަނި ދެމިއޮތީ نوح عليه السلام ގެ ދަރިކޮޅެވެ. وَالله أَعْلَم. = زبدة التفثير =

  136. 37:78

    وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ

    Wa-taraknaa ʻalayhi fil ʹaakhireen:

    އަދި އެކަލޭގެފާނަށްޓަކައި ފަހުން އަންނަ މީހުން ކިޔޭ ގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.

  137. 37:79

    سَلَـٰمٌ عَلَىٰ نُوحٍ فِى ٱلْعَـٰلَمِينَ

    Salaamun ʻalaa Nooḥiñ fil ʻaalameen!

    سَلاَمٌ عَلَى نُوحٍ (يعني نوح عليه السلام ގެ މައްޗަށް سلام ހުއްޓޭ) އެންމެންގެ ތެރޭގައި އަބަދުގެ އަބަދަށް އެހެން ކިޔޭ ގޮތް ލެއްވީމެވެ.

  138. 37:80

    إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

    ʹInnaa kaẓaalika najzil Muḥsineen.

    ހަމަކަށަވަރުން إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

  139. 37:81

    إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ

    ʹInnahoo min ʻibaadinal Muʹmineen.

    ހަމަކަށަވަރުން އެކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ مؤمن އަޅުތަކުންގެ ތެރެއިންނެވެ.

  140. 37:82

    ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ

    S̤umma ʹag̣raq̣nal ʹaakhareen.

    ދެން (ނާކޮޅުގައި ތިބިމީހުން ފިޔަވައި) ބާކީ ތިބިއެންމެން ތިމަންރަސްކަލާނގެ غرق ކުރެއްވީމެވެ.

  141. 37:83

    ۞ وَإِنَّ مِن شِيعَتِهِۦ لَإِبْرَٰهِيمَ

    Wa-ʹinna miñ Sheeʻatihee laʹIbraaheem.

    އަދި ހަމަކަށަވަރުން إبراهيم عليه السلام ވަނީ އެކަލޭގެފާނުގެ- އެބަހީ نوح عليه السلام ގެ جماعة ގެ ތެރެއިންނެވެ.

  142. 37:84

    إِذْ جَآءَ رَبَّهُۥ بِقَلْبٍ سَلِيمٍ

    ʹIẓ jaaaʹa Rabbahoo biq̣albiñ saleem.

    އެއީ އެކަލޭގެފާނުގެ އެބަހީ إبراهيم عليه السلام އެކަލޭގެފާނުންގެ رب ގެ حضرة އަށް إخلاص ތެރިވެގެންވާ- އަދި شرك ން ސަލާމަތްވެގެންވާ ސާފު ހިތްޕުޅަކާއިގެން ވަޑައިގެންނެވި ހިނދުންނެވެ. (އެބަހީ އެކަލޭގެފާނު ﷲ އަށް إخلاص ތެރިވެވަޑައިގެން إيمان ވެވެޑައިގެންނެވިއެވެ.)

  143. 37:85

    إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَاذَا تَعْبُدُونَ

    ʹIẓ q̣aala liʹabeehi wa-q̣awmihee maaẓaa taʻbudoon?

    ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ ބައްޕައަށާއި އަދި قوم އަށް ވިދާޅުވިއެވެ. ކަލޭމެން ތިޔަ އަޅުކަން ކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟

  144. 37:86

    أَئِفْكًا ءَالِهَةً دُونَ ٱللَّهِ تُرِيدُونَ

    ʹAʹifkan ʹaalihatañ doonal laahi tureedoon?

    ﷲ ފިޔަވައި މުޅިން ދޮގު إله ންތަކަކަށް އަޅުކަން ކުރަނީ ހެއްޔެވެ؟ (إله އެއްކަމުގައި ނުވާ ފަރާތްތަކަށް إله ންކަމުގައި ހަދައި އަޅުކަން ކުރުމީ އެންމެ ބޮޑު ދޮގެވެ.)

  145. 37:87

    فَمَا ظَنُّكُم بِرَبِّ ٱلْعَـٰلَمِينَ

    Famaa z̤̣annukum̃ bi-Rabbil ʻAalameen?

    "ފަހެ عالم ތައް ހައްދަވާ ބޮޑުކުރައްވާ رب އާއި މެދު ކަލޭމެން ހީކުރަނީ ކީކޭހެއްޔެވެ؟ (އެހެން ފަރާތްތަކަކަށް އަޅުކަން ކޮށްފައި ދެން އެކަލާނގެއާއި ބައްދަލުވީމާ ދެންވާނޭކަމަށް ލަފާ ކުރަނީ ކިހިނެއްހެއްޔެވެ؟) "

  146. 37:88

    فَنَظَرَ نَظْرَةً فِى ٱلنُّجُومِ

    Fanaz̤̣ara naz̤̣ratañ fin Nujoom,

    ދެންފަހެ އެކަލޭގެފާނު ތަރިތަކަށް ބެއްލެވިއެވެ.

  147. 37:89

    فَقَالَ إِنِّى سَقِيمٌ

    Faq̣aala ʹinnee saq̣eem!

    އަދި ވިދާޅުވިއެވެ. އަހުރެން ބައްޔެވެ. * ދަންނައެވެ. އެރަށުގެ މީހުންނަކީ ތަރިތަކަށްވެސް އަޅުކަން ކުރާބައެކެވެ. نجومى علم އަށް މާބޮޑަށް އިތުބާރުކުރާ ބައެކެވެ. إبراهيم عليه السلام ތަރިތަކަށް ބައްލަވާފައި ތިމަންނާ ބައްޔޭ ވިދާޅުވީމާ އެމީހުން އެކަން قبول ކުރިއެވެ. އެމީހުންނާއިއެކު عيد ކުޅިވަރަށް ނުނުކުތުމުގެ عذر އެއްކަމުގައި އެމީހުން قبول ކުރިއެވެ. އެމީހުން އެކަލޭގެފާނުގެ ކިބައިން އެދުނީ އެމީހުންނާއިއެކު عيد ގެ ކުޅިވަރަށް ނުކުތުމަށެވެ. އެހިނދު އެކަލޭގެފާނު ތަރިތަކަށް ބައްލަވާފައި ބައްޔޭ ވިދާޅުވީމާ އެމީހުންނަށް ހީވީ އެކަލޭގެފާނަށް نجومى ގޮތުން ފެނިވަޑައިގެންނެވި އެއްޗެއްކަމަށެވެ. އެހެންވެ އެކަލޭގެފާނުންގެ އެ عذر އެމީހުން قبول ކުރީއެވެ.

  148. 37:90

    فَتَوَلَّوْا۟ عَنْهُ مُدْبِرِينَ

    Fatawallaw ʻanhu mudbireen.

    ދެން އެކަލޭގެފާނު ދޫކޮށްލާފައި އެމީހުން ދިޔައީއެވެ.

  149. 37:91

    فَرَاغَ إِلَىٰٓ ءَالِهَتِهِمْ فَقَالَ أَلَا تَأْكُلُونَ

    Faraag̣a ʹilaaa ʹaalihatihim faq̣aala ʹalaa taʹkuloon?...

    (ދެން އެކަލޭގެފާނު އެކަނިވުމުން) އެމީހުންގެ ބުދުތަކާވީ ފަރާތަށް އެނބުރިވަޑައިގެންފިއެވެ. (އަދި އެތަކެއްޗާ مخاطب ކުރައްވައި ވިދާޅުވިއެވެ.) "ކަލޭމެން ނުކާނޭ ހެއްޔެވެ؟ (އޭރު އެމީހުން ބުދަށް އެޅިކާނާވެސް އެތާ ހުއްޓެވެ.) "

  150. 37:92

    مَا لَكُمْ لَا تَنطِقُونَ

    Maa- lakum laa- tañṭiq̣oon?

    އަދި ވިދާޅުވިއެވެ. "ކަލޭމެން ވާހަކަ ނުދައްކައި ބަހެއްނުބުނެ ތިޔަތިބީކީއްވެފައި ހެއްޔެވެ؟ކަލޭމެންނަށްވީ ކީއްހެއްޔެވެ؟" (އެއީ ހިލަތަކެއްކަމާއި އެތަކެތި ވާހަކަ ނުދައްކާނެކަންވެސް އެގިވަޑައިގަންނަވައެވެ.)

  151. 37:93

    فَرَاغَ عَلَيْهِمْ ضَرْبًۢا بِٱلْيَمِينِ

    Faraag̣a ʻalayhim ḍarbam bilyameen.

    އަދި އެތަކެއްޗާއި ދިމާއަށް ލެބިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ތަޅާންފަށައިފިއެވެ. ތަޅާ ކުދިކުދި ކުރައްވައިފިއެވެ.

  152. 37:94

    فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ

    Faʹaq̣balooo ʹilayhi yaziffoon.

    ދެން އެމީހުން (އެބަހީ އެއަށް އަޅުކަން ކުރާމީހުން އެތަނަށް ވަންއިރު އެތަކެއްޗަށްވެފައި ހުރިގޮތް ދެކެފައި އެއީ إبراهيم ގެ ކަމެއްކަން އެނގިގެން) އެކަލޭގެފާނާއި ދިމާއަށް އަވަސްވެގެންފިއެވެ.

  153. 37:95

    قَالَ أَتَعْبُدُونَ مَا تَنْحِتُونَ

    Q̣aala ʹataʻbudoona maa- tanḥitoon?

    އެކަލޭގެފާނު އެމީހުންނާއި ދިމާއަށް ވިދާޅުވިއެވެ. "ކަލޭމެން އަތުން ކޮށައިގެން ހަދާ ބުދުތަކަށް ކަލޭމެން އަޅުކަން ކުރަނީހެއްޔެވެ؟ (ތިޔައީ ކިހާ ދެއުޅިއެއްނުވާ ކަމެއްހެއްޔެވެ.) "

  154. 37:96

    وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ

    Wallaahu khalaq̣akum wa-maa taʻmaloon!

    ކަލޭމެންނާއި އަދި ކަލޭމެން ކުރާކަންތައްތައްވެސް ހެއްދެވީ ﷲ އެވެ. (އެބަހީ ކަލޭމެންނާއި ކަލޭމެން އަތުން ތިޔަ ހަދާ ބުދުތައްވެސް ހެއްދެވީ ހަމަ ﷲ އެވެ.

  155. 37:97

    قَالُوا۟ ٱبْنُوا۟ لَهُۥ بُنْيَـٰنًا فَأَلْقُوهُ فِى ٱلْجَحِيمِ

    Q̣aalub noo lahoo bun-yaanañ faʹalq̣oohu fil Jaḥeem!

    ދެން އެމީހުން (އެއްބަޔަކު އަނެއްބަކަށް ބުންޏެވެ. "ކަލޭމެން އޭނާ ލާނެ ބިނާއެއްހަދާށެވެ. (ތަނެއްހަދައި އެތަނަށް ދަރު އަޅައި އެތަން ރޯކޮށް އެތަނަށް) އޭނާ އެއްލައިލާށެވެ."

  156. 37:98

    فَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَـٰهُمُ ٱلْأَسْفَلِينَ

    Faʹaraadoo bihee kaydañ fajaʻalnaahumul ʹasfaleen!

    ފަހެ އެމީހުން އެކަލޭގެފާނާއިމެދު ނުބައި ގޮތްތަކެއް ރޭވީއެވެ. ދެން ފަހެ ތިމަންރަސްކަލާނގެ އެމީހުން ލެއްވީ ނިކަމެތި ދަށްބަޔަކުކަމުގައެވެ.\nފަހެ އެމީހުން އެކަލޭގެފާނު އަލިފާންގަޑައްލައި ހެދިއެވެ. އެކަމަކު އޭގެ ތެރެއިން ﷲ އެކަލޭގެފާނު ސަލާމަތް ކުރެއްވީއެވެ. އެވާހަކަ ބައެއް ސޫރަތް ސޫރަތުގައި ދިގުކޮށް ހުންނާނެއެވެ. މިތާމިވަނީ ހަމައެކަނި އިޝާރާތެވެ.

  157. 37:99

    وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهْدِينِ

    Wa-q̣aala ʹinnee ẓaahibun ʹilaa Rabbee sayahdeen!

    އަދި إبراهيم ގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެން އަހުރެންގެ رب ގެ އެންގެވުމަށް (هجرة އަށް) ދަނީއެވެ. އެކަލާނގެ ނިކަންހުރެ އަހުރެންނަށް މަގު ދައްކަވާނެއެވެ.

  158. 37:100

    رَبِّ هَبْ لِى مِنَ ٱلصَّـٰلِحِينَ

    Rabbi hab lee minaṣ Ṣaaliḥeen!

    (އަދި އެކަލޭގެފާނު ﷲ އަށް دعاء ދެންނެވިއެވެ.) "އޭ އަޅުގެ رب އެވެ! މިއަޅާއަށް صالح ންގެތެރެއިން ދަރިން ދެއްވާދޭވެ!"

  159. 37:101

    فَبَشَّرْنَـٰهُ بِغُلَـٰمٍ حَلِيمٍ

    Fabashsharnaahu big̣ulaamin ḥaleem.

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حلم ވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރިކަމުގެ خبر ދެއްވީމެވެ.

  160. 37:102

    فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَـٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَـٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ

    Falammaa balag̣a maʻahus saʻya q̣aala yaa-bunayya ʹinneee ʹaraa fil manaami ʹanneee ʹaẓbaḥuka fañz̤̣ur maaẓaa taraa! Q̣aala yaaaʹabatif ʻal maa- tuʹmar: satajiduneee ʹiñ shaaa ʹallaahu minaṣ Ṣaabireen!

    (ދެން ފަހެ އެކަލޭގެފާނަށް އެދަރިކަލުން ލިބިވަޑައިގެން ބޮޑުފުޅުވަމުން ގޮސް) إبراهيم عليه السلام ގެ އަރިހުގައި ހިންގަވާ ކުޑަކޮށް މަސައްކަތްކުރެއްވޭވަރަށް ބޮޑުފުޅުވުމުން - އެކަލޭގެފާނު އެދަރިކަލުންނަށް - ޔަޢުނީ، إِسْمَاعِيل (عليه السلام،) އަށް ވިދާޅުވިއެވެ. (އޭރު އެދަރިކަލުންގެ އުމުރުފުޅުން ތޭރަ އަހަރު ކަމުގައި ބައެއް މުފައްސިރުން ލިޔުއްވިއެވެ.) إبراهيم عليه السلام، إِسْمَاعِيل عليه السلام، އަށް ވިދާޅުވިއެވެ. "އޭ އަހުރެންގެ ދަރިފުޅާއެވެ. ހަމަކަށަވަރުން ކަލޭ ކަތިލާތީ (އެބަހީ ذبح ކުރާތީ) އަހުރެންނަށް ހުވަފެނުން ފެނިއްޖެއެވެ. ނަބީބޭކަލުންގެ ހުވަފެނަކީ ހަމަ ޙަޤީޤަތެކެވެ. އެވެވުނު އަމުރުފުޅަކީ ހަމަ ޙަޤީޤީ ޢަމުރުފުޅެކެވެ. ދަރިފުޅަށް މިކަމާމެދު ފެންނަނީ ކިހިނަކުން ހެއްޔެވެ؟ ފެންނަ އެއްޗެއް ބުނެބަލާށެވެ." ދަރިކަލުން ދެންނެވިއެވެ." އޭ ބައްޕާއެވެ. ބައްޕައަށް އަމުރުވެވުނު ގޮތަކަށް ކަންތައް ކުރައްވާށާވެ. ﷲ އިރާދަ ކުރެއްވިއްޔާ އަހުރެންނަކީ ކެތްތެރިއެއްކަމުގައި ބައްޕަ ދެކެވަޑައިގަންނަވާނެއެވެ."

  161. 37:103

    فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ

    Falammaaa ʹaslamaa wa-tallahoo liljabeen,

    ދެންފަހެ ދެބަފައިކަލުން ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވެވަޑައިގެން އެކަން ތަންފީޒުކުރުމަށް ކުރިމަތި ލެއްވިހިނދުން އެކުޑަކުޑަދަރިކަލުންގެ ނިތްކުރިފުޅު ބަންޑުންވާ ގޮތަށް ބާއްވައި އެދަރިކަލުން ذبح ކުރެއްވުމަށް إبراهيم عليه السلام ޤަޞްދުކުރައްވައިފިއެވެ.

  162. 37:104

    وَنَـٰدَيْنَـٰهُ أَن يَـٰٓإِبْرَٰهِيمُ

    Wa-naadaynaahu ʹañy YaaaʹIbraaheem!

    އަދި އެވަގުތު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. ގޮވާލެއްވީމެވެ. "އޭ إبراهيم އެވެ.

  163. 37:105

    قَدْ صَدَّقْتَ ٱلرُّءْيَآ ۚ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

    Q̣ad ṣaddaq̣tar ruʹyaa! ʹInnaa kaẓaalika najzil Muḥsineen.

    ހަމަކަށަވަރުން ކަލޭގެފާނު ކަލޭގެފާނުންގެ ހުވަފެން ތެދުކުރައްވައިފީމުއެވެ." (އެކުޑަ ކުޑަ ދަރިކަލުން ذبح ނުވެވުނަސް އެކަމަށް ޢަޒުމްކުރައްވައި ހުރިހާގޮތަކުން ތައްޔާރުވެވަޑައިގަތުމުން އެކަން ކުރެއްވީކަމުގައި ނިންމެވީއެވެ. ހަމަކަށަވަރުން އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

  164. 37:106

    إِنَّ هَـٰذَا لَهُوَ ٱلْبَلَـٰٓؤُا۟ ٱلْمُبِينُ

    ʹInna haaẓaa lahuwal balaaaʹul mubeen.

    ހަމަކަށަވަރުން ތިޔައީ ބޮޑުވެގެންވާ އަދި ބަޔާންވެގެންވާ އިމްތިހާނެއްކަން ޔަޤީނެވެ.

  165. 37:107

    وَفَدَيْنَـٰهُ بِذِبْحٍ عَظِيمٍ

    Wa-fadaynaahu biẓibḥin ʻaz̤̣eem:

    އަދި ހަމަކަށަވަރުން ބޮޑުވެގެންވާ ذبح އަކުން އެބަހީ ބޮޑުވެގެންވާ كَبش ބަކަށްޓަކުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފިދުޔައެއްދެއްވީމެވެ.

  166. 37:108

    وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ

    Wa-taraknaa ʻalayhi fil ʹaakhireen:

    އަދި އެކަލޭގެފާނަށްޓަކައި ފަހުން އަންނަމީހުން ކިޔާގޮތަށް ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ.

  167. 37:109

    سَلَـٰمٌ عَلَىٰٓ إِبْرَٰهِيمَ

    Salaamun ʻalaaa ʹIbraaheem!

    إبراهيم ގެ މައްޗަށް السلام ހުއްޓެވެ. (އެބަހީ ފަހުން އަންނަމީހުން إبراهيم عليه السلام ކިޔޭ ގޮތަށް އެކަލޭގެފާނަށް ޘަނާ އާއި ތަޢްރީފު ލެއްވީމެވެ.)

  168. 37:110

    كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

    Kaẓaalika najzil Muḥsineen.

    އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވަނީ އެފަދައިންނެވެ.

  169. 37:111

    إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ

    ʹInnahoo min ʻIbaadinal Muʹmineen.

    ހަމަކަށަވަރުން އެކަލޭގެފާނު ވަނީ ތިމަންރަސްކަލާނގެ މުއުމިނު އަޅުންގެ ތެރެއިންނެވެ.

  170. 37:112

    وَبَشَّرْنَـٰهُ بِإِسْحَـٰقَ نَبِيًّا مِّنَ ٱلصَّـٰلِحِينَ

    Wa-bashsharnaahu biʹIsḥaaq̣a Nabiyyam minaṣ Ṣaaliḥeen.

    إبراهيم عليه السلام އަށް إسحاق ގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.

  171. 37:113

    وَبَـٰرَكْنَا عَلَيْهِ وَعَلَىٰٓ إِسْحَـٰقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِۦ مُبِينٌ

    Wa-baaraknaa ʻalayhi wa-ʻalaaa ʹIsḥaaq̣: wa-miñ ẓurriyyatihimaa muḥsinuñw waz̤̣aalimul linafsihee mubeen.

    އަދި އެކަލޭގެފާނަށާއި يعني إبراهيم عليه السلام އަށާއި އަދި إسحاق عليه السلام އަށްތިމަންރަސްކަލާނގެ ބަރަކާތްލެއްވީމެވެ. އަދި އެދެބޭކަލުންގެ ދަރިފަސްކޮޅުގައި إحسان ތެރި ރަނގަޅު މީހުންނާއި، އަދި އެމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ މީހުން - يعني مشركން ތިމަންރަސްކަލާނގެ ލެއްވީމެވެ.

  172. 37:114

    وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَـٰرُونَ

    Wa-laq̣ad manannaa ʻalaa Moosaa wa-Haaroon.

    އަދި ހަމަކަށަވަރުން سلام ލެއްވި موسى ގެފާނަށާއި سلام ލެއްވި هارون އާއި ދެބޭކަލުންނަށް ތިމަންރަސްކަލާނގެ نبي ކަން ދެއްވައި ދަރުމަކުރެއްވީމެވެ.

  173. 37:115

    وَنَجَّيْنَـٰهُمَا وَقَوْمَهُمَا مِنَ ٱلْكَرْبِ ٱلْعَظِيمِ

    Wa-najjaynaahumaa wa-q̣awmahumaa minal Karbil ʻAz̤̣eem;

    އަދި އެދެބޭކަލުންނާއި އެދެބޭކަލުންގެ ޤައުމުގެ މީހުން (ފިރުޢައުނުގެ ކިބައިން ނުވަތަ ޣަރަޤުވުމުން) ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ޔަޢުނީ ބޮޑުވެގެންވާ ހިތާމައިން ސަލާމަތްކޮށްދެއްވީމެވެ.

  174. 37:116

    وَنَصَرْنَـٰهُمْ فَكَانُوا۟ هُمُ ٱلْغَـٰلِبِينَ

    Wa-naṣarnaahum fakaanoo humul g̣aalibeen.

    އަދި ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ނަޞްރުދެއްވީމެވެ. އެބޭކަލުންވީ ގަދަވީ މީހުންގެ ތެރެއިންނެވެ.

  175. 37:117

    وَءَاتَيْنَـٰهُمَا ٱلْكِتَـٰبَ ٱلْمُسْتَبِينَ

    Wa-ʹaataynaahumal kitaabal mustabeen;

    އަދި ބަޔާންވެ ފައުޅުވެގެންވާ ފޮތް (تَوْرَات) ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ދެއްވީމެވެ.

  176. 37:118

    وَهَدَيْنَـٰهُمَا ٱلصِّرَٰطَ ٱلْمُسْتَقِيمَ

    Wa-hadaynaahumaṣ Ṣiraaṭal Mustaq̣eem.

    އަދި ސީދާވެގެންވާ ތެދުމަގު ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ދެއްކެވީމެވެ.

  177. 37:119

    وَتَرَكْنَا عَلَيْهِمَا فِى ٱلْـَٔاخِرِينَ

    Wa-taraknaa ʻalayhimaa fil ʹaakhireen:

    އަދި ފަހުން އަންނަ މީހުން ކިޔާގޮތަށް އެދެބޭކަލުންނަށްޓަކައި ތިމަންރަސްކަލާނގެ ދޫކުރެއްވީމުއެވެ.

  178. 37:120

    سَلَـٰمٌ عَلَىٰ مُوسَىٰ وَهَـٰرُونَ

    Salaamun ʻalaa Moosaa wa-Haroon!

    موسى ގެފާނާއި هارون ގެފާނާއި ދެބޭކަލުންގެ މައްޗަށް سلام ހުއްޓެވެ. (އެބަހީ އެބޭކަލުންނަށް موسى عليه السلام ކިޔާގޮތަށާއި هارون عليه السلام ކިޔާގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.)

  179. 37:121

    إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

    ʹInnaa kaẓaalika najzil Muḥsineen.

    އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

  180. 37:122

    إِنَّهُمَا مِنْ عِبَادِنَا ٱلْمُؤْمِنِينَ

    ʹInnahumaa min ʻibaadinal Muʹmineen.

    އަދި ހަމަކަށަވަރުން އެދެބޭކަލުން ވަނީ ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.

  181. 37:123

    وَإِنَّ إِلْيَاسَ لَمِنَ ٱلْمُرْسَلِينَ

    Wa-ʹinna ʹIlyaasa laminal mursaleen.

    އަދި ހަމަކަށަވަރުން إلياس عليه السلام ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.

  182. 37:124

    إِذْ قَالَ لِقَوْمِهِۦٓ أَلَا تَتَّقُونَ

    ʹIẓ q̣aala liq̣awmiheee ʹalaa tattaq̣oon?

    އެކަލޭގެފާނު އެކަލޭގެފާނުންގެ قوم ގެ މީހުންނަށް ވިދާޅުވި ހިނދު ހަދުމަފުޅުކުރައްވާށެވެ. އެކަލޭގެފާނު قوم ގެ މީހުންނަށް ވިދާޅުވިއެވެ. ކަލޭމެން ފަހެ تقوى ވެރި ނުވާނެހެއްޔެވެ؟ (ﷲ އަށް ބިރުވެތި ނުވާނެހެއްޔެވެ؟)

  183. 37:125

    أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ ٱلْخَـٰلِقِينَ

    ʹAtadʻoona taẓaroona Baʻlañwwa ʹAḥsanal Khaaliq̣een,―

    "ކަލޭމެން ހައްދަވާ ސޫރަ ރީތި ކުރެއްވި ކަލާނގެ ދޫކޮށް ކަލޭމެން بعل އެވެ ކިޔާ ބުދަށް އަޅުކަން ކޮށް ގޮވާ ހަދަނީ ހެއްޔެވެ؟

  184. 37:126

    ٱللَّهَ رَبَّكُمْ وَرَبَّ ءَابَآئِكُمُ ٱلْأَوَّلِينَ

    ʹAllaaha Rabbakum wa-Rabba ʹaabaaaʹikumul ʹawwaleen?

    ﷲ އެއީ ކަލޭމެންނާއި އަދި ކަލޭމެންގެ އިސްވެދިޔަ ކާބަފައިންގެވެސް رب އެވެ."

  185. 37:127

    فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ

    Fakaẓẓaboohu faʹinnahum lamuḥḍaroon,―

    ފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެންފަހެ އެމީހުންވީ عذاب އަށް حاضر ވެވިގެންވާ ބަޔަކުކަމުގައެވެ.

  186. 37:128

    إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

    ʹIllaa ʻibaadal laahil mukhlaṣeen.

    އޭގެތެރެއިން ﷲ ގެ إخلاصތެރި އަޅުން މެނުވީއެވެ.

  187. 37:129

    وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ

    Wa-taraknaa ʻalayhi fil ʹaakhireen:

    އަދި ފަހުން އަންނަ މީހުން ކިޔާގޮތަށް އެކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ.

  188. 37:130

    سَلَـٰمٌ عَلَىٰٓ إِلْ يَاسِينَ

    Salaamun ʻalaaa ʹIlyaaseen!

    إلياس ގެ ފާނުންގެ މައްޗަށް سلام ހުއްޓެވެ. (އެބަހީ ފަހުން އަންނަ މީހުން إلياس عليه السلام ކިޔާ ގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.)

  189. 37:131

    إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

    ʹInnaa kaẓaalika najzil Muḥsineen.

    ހަމަކަށަވަރުން إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

  190. 37:132

    إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ

    ʹInnahoo min ʻIbaadinal Muʹmineen.

    އަދި ހަމަކަށަވަރުން އެކަލޭގެފާނު ވަނީ ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.

  191. 37:133

    وَإِنَّ لُوطًا لَّمِنَ ٱلْمُرْسَلِينَ

    Wa-ʹinna Looṭal laminal mursaleen.

    އަދި لُوْط عَلَيْهِ السَّلاَم ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.

  192. 37:134

    إِذْ نَجَّيْنَـٰهُ وَأَهْلَهُۥٓ أَجْمَعِينَ

    ʹIẓ najjaynaahu wa-ʹahlahooo ʹajmaʻeen,

    އެއީ އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން عذاب ން ސަލާމަތް ކުރެއްވިހިނދުންނެވެ.

  193. 37:135

    إِلَّا عَجُوزًا فِى ٱلْغَـٰبِرِينَ

    ʹIllaa ʻajoozañ fil g̣aabireen:

    އެންމެ عجوز އެއް މެނުވީއެވެ. އެބަހީ އެންމެ އަންހެނެއް މެނުވީއެވެ. އެއީ لوط ގެފާނުގެ އަނބިކަނބަލުންނެވެ. ފަހެ އެކަމަނާވީ عذاب ގައި ހަލާކުވި މީހުންގެ ތެރެއިންނެވެ.

  194. 37:136

    ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ

    S̤umma dammarnal ʹaakhareen.

    ދެން އީމާންނުވާ އެންމެން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ބަރުބާދު ކުރެއްވީމެވެ.

  195. 37:137

    وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ

    Wa-ʹinnakum latamurroona ʻalayhim muṣbiḥeen―

    (އޭ عربى ންގެ قريش ންނޭވެ. ކަލޭމެން شام ކަރައަށް ގޮސް އައިސްވާ މަގުމަތީގައި) ކަލޭމެން އެމީހުންގެ ގޯތިގެދޮރުތަކުން ލައިފާ (އެމީހުން އުޅުނު ތަނުން ލައިފައި) ފަތިސްވަގުތުގައްޔާއި.

  196. 37:138

    وَبِٱلَّيْلِ ۗ أَفَلَا تَعْقِلُونَ

    Wa-billayli ʹafalaa taʻq̣iloon?

    އަދި ރޭގަނޑު ވަގުތު ގޮސް އައިސްވަމުއެވެ. ކަލޭމެންފަހެ އެއްޗެއްވިސްނާ ބުއްދިކޮށް عبرة حاصل ނުކުރަމުހެއްޔެވެ؟

  197. 37:139

    وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ

    Wa-ʹinna Yoonusa laminal mursaleen.

    އަދި ހަމަކަށަވަރުން يونس عليه السلام ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.

  198. 37:140

    إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ

    ʹIẓ ʹabaq̣a ʹilal fulkil mashḥoon.

    އެކަލޭގެފާނު (އެކަލޭގެފާނުންގެ قوم ގެ މީހުންގެ ކިބައިން) ފިއްލަވައިގެން ވަޑައިގެންނެވި ހިނދުން ބަރާވެފައިވާ ނަވަކަށް އަރާ ވަޑައިގެންނެވިއެވެ.

  199. 37:141

    فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ

    Fasaahama fakaana minal mudḥaḍeen:

    ދެން ފަހެ (ނަވުގައި މީހުން ގިނަވެ ނައު ލުއިކުރަން މީހުން މަދުކުރުމަށް) އެމީހުން ޤުރުއަތު ލިއެވެ. ފަހެ އެކަލޭގެފާނުވީ އެޤުރުއަތުން ދިމާވެގެން މޫދަށް ފުންމައިލި މީހުންގެ ތެރެއިންނެވެ.

  200. 37:142

    فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌ

    Faltaq̣amahul Ḥootu wa-huwa muleem.

    ފަހެ (އެކަލޭގެފާނު ފުންމައިލެއްވުމުން) މަސް އައިސް އެކަލޭގެފާނު ދިރުވައިލައިފިއެވެ. އެއީ އެކަލޭގެފާނަށް މަލާމަތްލިބިވަޑައިގަންނަވާ ޙާލުކޮޅުގައެވެ. (ދެން އެކަލޭގެފާނު އެމަހުގެ ބަނޑުގައި އޮންނަވައިގެން تَسْبِيح ވިދާޅުވިއެވެ. ދުޢާކުރެއްވިއެވެ.)

  201. 37:143

    فَلَوْلَآ أَنَّهُۥ كَانَ مِنَ ٱلْمُسَبِّحِينَ

    Falawlaaa ʹannahoo kaana minal musabbiḥeen,

    ،(144) ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން / ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.

  202. 37:144

    لَلَبِثَ فِى بَطْنِهِۦٓ إِلَىٰ يَوْمِ يُبْعَثُونَ

    Lalabis̤a fee baṭniheee ʹilaa Yawmi yubʻas̤oon.

    ،(144) ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން / ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.

  203. 37:145

    ۞ فَنَبَذْنَـٰهُ بِٱلْعَرَآءِ وَهُوَ سَقِيمٌ

    Fanabaẓnaahu bilʻaraaaʹi wa-huwa saq̣eem.

    ދެން ތިމަންރަސްކަލާނގެ (މަހު ބަނޑުން ނެރުއްވައި) ހުސްބިމަކަށް އެކަލޭގެފާނު ލެއްވީމެވެ. އޭރު އެކަލޭގެފާނު ވަނީ އާލާސްކަންފުޅާއެވެ. (މަސްގަނޑާ ހަންގަނޑަށް ގެއްލުންވެވަޑައިގެންފައެވެ.)

  204. 37:146

    وَأَنۢبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ

    Wa-ʹambatnaa ʻalayhi shajaratam miñy yaq̣ṭeen.

    އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ يَقْطِيْن ގަހެއް ފަޅުއްވައި ދެއްވީމެވެ. (އެއީ ބަރަބޮލެވެ. ނުވަތަ ފުފުލެވެ. ނުވަތަ އެބާވަތުގެ ކޮންމެވެސް އެއްޗެކެވެ. އެއީ އެގަހުގެ ހިޔަލުގައި އޮންނެވުމަށާއި ފަރީއްކުޅުވުމަށެވެ.)

  205. 37:147

    وَأَرْسَلْنَـٰهُ إِلَىٰ مِا۟ئَةِ أَلْفٍ أَوْ يَزِيدُونَ

    Wa-ʹarsalnaahu ʹilaa miʹati ʹalfin ʹaw yazeedoon.

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނު، ސަތޭކަހާހަށް ވުރެ ކުޑަކޮށް ގިނަ ޢަދަދަކަށް މީހުން ތިބިރަށަކަށް رَسُول ކަމާއިގެން ފޮނުއްވީމެވެ. (އެރަށަކީ އެކަލޭގެފާނު ކުރިންވެސް ދީނަށް ގޮވައިލެއްވެވި نَيْنَوَى ކަމުގައި ބުނެވުނެވެ. ނުވަތަ އެހެންރަށެއް ކަމުގައިވެސް ބުނެވުނެވެ. وَالله أَعْلَم.)

  206. 37:148

    فَـَٔامَنُوا۟ فَمَتَّعْنَـٰهُمْ إِلَىٰ حِينٍ

    Faʹaamanoo famattaʻnaahum ʹilaa ḥeen.

    ދެންފަހެ އެބައިމިހުން އީމާންވިއެވެ. އަދި އެމީހުންގެ މަރުގެ އަޖަލު ހަމަވަންދެން ތިމަންރަސްކަލާނގެ އެމީހުންނަށް مُهلة. ދެއްވީމެވެ. ދުނިޔޭގައި މަޖާކޮށް އަރާމުކޮށް އުޅުމުގެ ފުރުސަތު ދެއްވީމެވެ.

  207. 37:149

    فَٱسْتَفْتِهِمْ أَلِرَبِّكَ ٱلْبَنَاتُ وَلَهُمُ ٱلْبَنُونَ

    Fastaftihim ʹa-li-Rabbikal banaatu wa-lahumul banoon?―

    (އޭ رَسُوْلُ الله އެވެ!) އެމީހުންކުރެ - އެބަހީ ކާފިރުންކުރެން ނިކަން ފަތުވާ އައްސަވައިބަލާށެވެ! ކަލޭގެފާނުންގެ رَبُّ އަށް (ދެރަ އަދި ނިކަމެތި ޖިންސުކަމުގައިވާ) އަންހެން ދަރިންހެއްޔެވެ؟ އަދި އެމީހުންނަށް (ރަނގަޅު އަދި މަތިވެރި ޖިންސުކަމުގައިވާ) ފިރިހެން ޖިންސުހެއްޔެވެ؟ (އެއީ ކިހާ ނުބައި ބެހުމެއްހެއްޔެވެ؟ އަދި މިއީ ހައްތަހާވެސް ބޭކާރު ވާހަކަތަކެކެވެ. ﷲ އަށް ދަރިން ނިސްބަތްކުރުމަކީ ހެޔޮނުވާނެކަމެކެވެ. އެފަދަކަންކަމުން އެކަލާނގެ ހުސް طَاهِر ވަންތަވެވޮޑިގެންވިއެވެ.)

  208. 37:150

    أَمْ خَلَقْنَا ٱلْمَلَـٰٓئِكَةَ إِنَـٰثًا وَهُمْ شَـٰهِدُونَ

    ʹAm khalaq̣nal malaaaʹikata ʹinaas̤añw Wahum shaahidoon?

    ނުވަތަ ތިމަންރަސްކަލާނގެ މަލާއިކަތްބޭކަލުން ހެއްދެވީ އަންހެން ޖިންސުންކަމުގައި ބުނަނީ ފަހެ މަލާއިކަތް ބޭކަލުން ހެއްދެވިތާ އެމީހުންއެތާ ތިބީހެއްޔެވެ؟ (އެހެންވެސް ވީއެއްނޫނެވެ.)

  209. 37:151

    أَلَآ إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ

    ʹAlaaa ʹinnahum min ʹifkihim layaq̣ooloon:

    ދަންނާށެވެ. އެމީހުން ބޮޑުދޮގުހަދައިގެން ހަމަކަށަވަރުން އެމީހުން އެބުނަނީ.

  210. 37:152

    وَلَدَ ٱللَّهُ وَإِنَّهُمْ لَكَـٰذِبُونَ

    Waladal laahu wa-ʹinnahum lakaaẓiboon!

    ﷲ ދަރިކަލަކު އިޚްތިޔާރުކުރެއްވިކަމުގައެވެ. އަދި ހަމަކަށަވަރުން އެމީހުންއެއީ ދޮގުވެރިންނެވެ.

  211. 37:153

    أَصْطَفَى ٱلْبَنَاتِ عَلَى ٱلْبَنِينَ

    ʹAṣṭafal banaati ʻalal baneen?

    އެކަލާނގެ ފަހެ ފިރިހެން ދަރިންގެ މައްޗަށް އަންހެން ދަރިން މާތްކުރައްވައި ޚާއްޞަކުރެއްވީހެއްޔެވެ؟

  212. 37:154

    مَا لَكُمْ كَيْفَ تَحْكُمُونَ

    Maa- lakum Kayfa taḥkumoon?

    ކަލޭމެނަށް ފަހެ ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަކުރަނީ ކޮންކަހަލަ ޙުކުމެއްހެއްޔެވެ؟

  213. 37:155

    أَفَلَا تَذَكَّرُونَ

    ʹAfalaa taẓakkaroon?

    ކަލޭމެން ފަހެ އެއްވެސް އެއްޗެއް ވިސްނައި ނަޞީޙަތެއް ޢިބްރަތެއް ލިބިނުގަންނާނެހެއްޔެވެ؟

  214. 37:156

    أَمْ لَكُمْ سُلْطَـٰنٌ مُّبِينٌ

    ʹAm lakum sulṭaanum mubeen?

    ނުވަތަކަލޭމެނަށް (އެހެންބުނަން ޙައްޤު ވާފަދަ) ސާފުސާފު އަދި ބަޔާން ވެގެންވާ ދަލީލާއި ޙުއްޖަތްވަނީ ހެއްޔެވެ؟

  215. 37:157

    فَأْتُوا۟ بِكِتَـٰبِكُمْ إِن كُنتُمْ صَـٰدِقِينَ

    Faʹtoo bi-Kitaabikum ʹiñ kuñtum ṣaadiq̣een!

    އަދި ކަލޭމެންގެ ބަހުގައި ކަލޭމެނަކީ ތެދުވެރިންކަމުގައި ވަންޏާ އެފަދަ ވާހަކައެއްއޮތް ފޮތެއްއޮތިއްޔާ ނިކަން ގެނެސްދީބަލާށެވެ.

  216. 37:158

    وَجَعَلُوا۟ بَيْنَهُۥ وَبَيْنَ ٱلْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ ٱلْجِنَّةُ إِنَّهُمْ لَمُحْضَرُونَ

    Wa-jaʻaloo baynahoo wa-baynal Jinnati nasabaa: wa-laq̣ad ʻalimatil Jinnatu ʹinnahum lamuḥḍaroon!

    އަދި އެމީހުން (އެބަހީ އެނުބައި ޔަހޫދީން ނުވަތަ މައްކާގެ ކާފިރުން) ﷲ އާއި ޖިންނީންނާދެމެދު ނަސަބުގެ ގުޅުންވާކަމުގައި ބުނެހަދައިލިއެވެ. އެފަދަ ހުރިހާ ކަމަކުން ﷲ ހުސް طَاهِر ވަންތަވެވޮޑިގެންވެއެވެ.) އަދި ޖިންނީންނަކީވެސް ޤިޔާމަތްދުވަހުން ޢަޛާބަށް ޙާޟިރު ކުރެވޭނެ ބައެއްކަން ހަމަކަށަވަރުން ޖިންނީން ދަނެއެވެ. އަދި ދަންނައެވެ. މިއާޔަތުގެ ތަރުޖަމާ އަދި އެހެންގޮތްގޮތަށް ވެސްވެއެވެ. އެހެންވެ އެވާހަކަ ހަނދާންކޮށްލަމެވެ.

  217. 37:159

    سُبْحَـٰنَ ٱللَّهِ عَمَّا يَصِفُونَ

    Subḥaanal laahi ʻammaa yaṣifoon!

    އެމީހުން އެސިފަކުރާ ކަންކަމުން އެކަލާނގެ ހުސް طَاهِر ވަންތަވެވޮޑިގެންވެއެވެ.

  218. 37:160

    إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

    ʹIllaa ʻIbaadal laahil mukhlaṣeen.

    އެމީހުން އެ ސިފަކުރާ ސިފަކުރުންތަކުން އަދި އެކަންކަމުން ﷲ ގެ އިޚްލާޞްތެރި އަޅުން ބަރީއަވެގެންވެއެވެ.

  219. 37:161

    فَإِنَّكُمْ وَمَا تَعْبُدُونَ

    Faʹinnakum wa-maa taʻbudoon―

    ،(162) އަދި ހަމަކަށަވަރުން ކަލޭމެންނާއި އަދި ކަލޭމެން އަޅުކަންކުރާ ތަކެއްޗަށްވެސް، އެމީހަކު ނަރަކައަށް ވަނުމަށް ﷲ ނިޔާ ކުރައްވާމިންވަރު ކުރައްވާފައިވާ އަޅަކުމެނުވީ މަގުފުރައްދައި ނުލެވޭނެއެވެ.

  220. 37:162

    مَآ أَنتُمْ عَلَيْهِ بِفَـٰتِنِينَ

    Maaa ʹañtum ʻalayhi bifaatineen,

    ،(162) އަދި ހަމަކަށަވަރުން ކަލޭމެންނާއި އަދި ކަލޭމެން އަޅުކަންކުރާ ތަކެއްޗަށްވެސް، އެމީހަކު ނަރަކައަށް ވަނުމަށް ﷲ ނިޔާ ކުރައްވާމިންވަރު ކުރައްވާފައިވާ އަޅަކުމެނުވީ މަގުފުރައްދައި ނުލެވޭނެއެވެ.

  221. 37:163

    إِلَّا مَنْ هُوَ صَالِ ٱلْجَحِيمِ

    ʹIllaa man huwa ṣaalil Jaḥeem!

    [ ނަރަކައަށް ވަނުމަށް (ﷲ ގެ ނިޔާގައި) ނިމިފައިވާ މީހަކު މެނުވީ.]

  222. 37:164

    وَمَا مِنَّآ إِلَّا لَهُۥ مَقَامٌ مَّعْلُومٌ

    Wa-maa minnaaa ʹillaa lahoo maq̣aamum maʻloom;

    (މަލާއިކަތްބޭކަލުން ވިދާޅުވާކަމަށް ﷲ އަންގަވައެވެ.) އެބޭކަލުން އަޅުކަން ކުރެއްވުމަށް އުޑުން ވަކިތަނެއް ކަނޑައެޅި عين ވެގެންނުވާ އެއްވެސް ބޭކަލެއް ތިމަންބޭކަލުން ތެރޭ ނުވެއެވެ. (އެބަހީ ކޮންމެ ބޭކަލަކަށްވެސް ތަނެއްކަނޑައެޅިގެންވެއެވެ.)

  223. 37:165

    وَإِنَّا لَنَحْنُ ٱلصَّآفُّونَ

    Wa-ʹinnaa lanaḥnuṣ ṣaaaffoon;

    އަދި ހަމަކަށަވަރުން ތިމަން ބޭކަލުންނީ (ކިޔަމަންތެރިކަމާއި އަޅުވެތިކަމުގައި) ސަފުތައް ހައްދަވައިގެންވާ ބޭކަލުންނެވެ.

  224. 37:166

    وَإِنَّا لَنَحْنُ ٱلْمُسَبِّحُونَ

    Wa-ʹinnaa lanaḥnul musabbiḥoon!

    "އަދި ހަމަކަށަވަރުން ތިމަން ބޭކަލުންނީ (ﷲ އާއި އެކަށީގެންނުވާ ކޮންމެ އުނިސިފައަކުން) އެކަލާނގެ ހުސް طاهر ވަންތަ ކޮށް تقديس ކުރާ ބޭކަލުންނީމުއެވެ. تسبيح ކިޔާ ބޭކަލުންނީމުއެވެ."

  225. 37:167

    وَإِن كَانُوا۟ لَيَقُولُونَ

    Wa-ʹiñ kaanoo layaq̣ooloon,

    އަދި އެމީހުން- އެބަހީ مكة ގެ ކާފަރުން ބުނާކަމުގައި ވިޔަސްމެއެވެ. (އެމީހުން ބުނެއެވެ.)

  226. 37:168

    لَوْ أَنَّ عِندَنَا ذِكْرًا مِّنَ ٱلْأَوَّلِينَ

    Law ʹanna ʻiñdanaa Ẓikram minal ʹawwaleen,

    އިސްވެދިޔަ ފޮތްތައްފަދަ ފޮތެއް (توراة ފަދަ إنجيل ފަދަ ފޮތެއް) އަހުރެމެންގެ އަތުގައިވީނަމަ

  227. 37:169

    لَكُنَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

    Lakunnaa ʻIbaadal laahil mukhlaṣeen!

    "ހަމަކަށަވަރުން އަހަރެމެންވެސް ﷲ އަށް إخلاص ތެރި އަޅުންކަމުގައިވީހެވެ." (ނަމަވެސް އެމީހުންގާތަށް ﷲ ފޮތް ކީރިތި قرآن އައި ހިނދު އެއަށް އެމީހުންވީ ކާފަރެވެ. އެހެންވެ ﷲ އެއަންގަވަނީ މިފަދައިންނެވެ.

  228. 37:170

    فَكَفَرُوا۟ بِهِۦ ۖ فَسَوْفَ يَعْلَمُونَ

    Fakafaroo bihee fasawfa yaʻlamoon!

    ފަހެ އެމީހުން އެފޮތަށް ކާފަރުވީއެވެ. އަދި ނިކަންހުރެ (އެމީހުންގެ އެކާފަރުކަމުގެ ފަހުކޮޅު އެކަމުގެ ނަތީޖާ) އެމީހުން ދެކޭނެއެވެ.

  229. 37:171

    وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ

    Wa-laq̣ad sabaq̣at Kalimatunaa liʻIbaadinal mursaleen;

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލިމަ ފުޅު ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިންވާ ރަސޫލު ބޭކަލުންނަށް އިސްވެގޮސްފައިވެއެވެ. (އެކަލިމަ ފުޅަކީ لأغْلِبَنَّ أَنَ وَرُسُلِى، މި ކަލިމަފުޅެވެ. އޭގެ މާނައަކީ ހަމަކަށަވަރުން ގަދަވެގަތުންވަނީ ތިމަންރަސްކަލާނގެއަށާއި އަދި ތިމަންރަސްކަލާނގެ ރަސޫލުންނަށެވެ. މިއެވެ.)

  230. 37:172

    إِنَّهُمْ لَهُمُ ٱلْمَنصُورُونَ

    ʹInnahum lahumul mañṣooroon,

    ހަމަކަށަވަރުން އެބޭކަލުންއެއީ ކަނޑައެޅިގެން ނަޞްރު ލިބިގެންވާނޭ ބޭކަލުންނެވެ.

  231. 37:173

    وَإِنَّ جُندَنَا لَهُمُ ٱلْغَـٰلِبُونَ

    Wa-ʹinna juñdanaa lahumul g̣aaliboon.

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ލަޝްކަރު (އެއީ رَسُوْلُ ބޭކަލުންނާއި އެބޭކަލުންނާއި ތަބަޢަވީމީހުންނެވެ.) އެއީ ގަދަވާނޭ މީހުންނެވެ.

  232. 37:174

    فَتَوَلَّ عَنْهُمْ حَتَّىٰ حِينٍ

    Fatawalla ʻanhum ḥattaa ḥeen,

    (އޭ ރަސޫލު ﷲ އެވެ!) އެމީހުން ފިޔަވައި ކަލޭގެފާނު އެނބުރިވަޑައިގަންނަވާށެވެ. އެމީހުންނާ ދިމާނުކުރައްވާށެވެ. ވަކިމުއްދަތެއް އަތުވެއްޖެއުމަށް ދާންދެނެވެ. (އެއީ ހަނގުރާމަ ކުރެއްވުމުގެ އަމުރުފުޅު އަންނަންދެނެވެ.)

  233. 37:175

    وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ

    Wa-ʹabṣirhum fasawfa yubṣiroon!

    އަދި (އެމީހުންނަށް عذاب އައިމާ) ކަލޭގެފާނު އެމީހުންނަށް ބައްލަވާށެވެ. ފަހެ ނިކަންހުރެ އެމީހުން ދެކޭނެއެވެ.

  234. 37:176

    أَفَبِعَذَابِنَا يَسْتَعْجِلُونَ

    ʹAfabiʻaẓaabinaa yastaʻjiloon?

    އެމީހުން ފަހެ އެއެދެނީ ތިމަންރަސްކަލާނގެ عذاب އަވަސް ވުމަށް ހެއްޔެވެ؟

  235. 37:177

    فَإِذَا نَزَلَ بِسَاحَتِهِمْ فَسَآءَ صَبَاحُ ٱلْمُنذَرِينَ

    Faʹiẓaa nazala bisaaḥatihim fasaaaʹa ṣabaaḥul muñẓareen!

    ފަހެ އެމީހުންގެ ގޯތިގެދޮރަށް عذاب އަތުވެއްޖެއްޔާ ނުވަތަ رسول الله ﷺ، مكة فتح ކުރެއްވުމަށް ވަޑައިގަތީމާ ދެން އޭރުން إنذار ކުރެވުނު މީހުންގެ ފަތިސް ނުބައިވެގެންވެއެވެ.

  236. 37:178

    وَتَوَلَّ عَنْهُمْ حَتَّىٰ حِينٍ

    Wa-tawalla ʻanhum ḥattaa ḥeen,

    ފަހެ ކަލޭގެފާނު އެމީހުން ފިޔަވައި މުއްދަތަކަށް އެނބުރިވަޑައިގަންނަވާށެވެ.

  237. 37:179

    وَأَبْصِرْ فَسَوْفَ يُبْصِرُونَ

    Wa-ʹabṣir fasawfa yubṣiroon!

    އަދި ކަލޭގެފާނު އެމީހުންނަށް ބައްލަވާށެވެ. ނިކަންހުރެ އެމީހުންވެސް ދެކޭނެއެވެ.

  238. 37:180

    سُبْحَـٰنَ رَبِّكَ رَبِّ ٱلْعِزَّةِ عَمَّا يَصِفُونَ

    Subḥaana Rabbika Rabbil ʻIzzati ʻammaa yaṣifoon!

    ކަލޭގެފާނުގެ رَب އެއީ عزة ވަންތަ رَب އެވެ. އެމީހުން އެސިފަކުރާ ސިފަކުރުން ތަކުން އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ.

  239. 37:181

    وَسَلَـٰمٌ عَلَى ٱلْمُرْسَلِينَ

    Wa-Salaamun ʻalal mursaleen!

    އަދި ސަލާމާއި އަމާންކަން ހުރީ رسول ބޭކަލުންނަށެވެ.

  240. 37:182

    وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ

    Wal-Ḥamdu lillaahi Rabbil ʻAalameen.

    އަދި އެންމެހައި حمد އާއި تعريف އެއްހުރީ عالم ތަކުގެވެރި رب، ﷲ އަށެވެ.

  241. Surah SadBegins here at 38:1

  242. 38:1

    صٓ ۚ وَٱلْقُرْءَانِ ذِى ٱلذِّكْرِ

    ṢAAAD Wal-Q̣urʹaani Ẓiẓ Ẓikr.

    ص: މިއަކުރުގެމާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ذكرގެވެރި ނުވަތަ شرف ވެރި قرآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وحي ކުރައްވަމެވެ. (ކަންތައް އޮތީ އެ كافر ން ބުނާގޮތަކަށް ނޫނެވެ.)

  243. 38:2

    بَلِ ٱلَّذِينَ كَفَرُوا۟ فِى عِزَّةٍ وَشِقَاقٍ

    Balil laẓeena kafaroo fee ʻizzatiñw Washiq̣aaq̣.

    އަދި ކިޔެއްހެއްޔެވެ. ކާފަރު ވެއްޖެ މީސްތަކުން އެވަނީ ވަރަށްބޮޑު كبر ވެރިކަމާއި ބޮޑާކަމެއްގައެވެ. އަދި رسول الله ﷺ އާއި مؤمن ންނާއިމެދު خلاف ވެ عداوة ތެރިވުމެއްކަމުގައެވެ.

  244. 38:3

    كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ فَنَادَوا۟ وَّلَاتَ حِينَ مَنَاصٍ

    Kam ʹahlaknaa miñ q̣ablihim miñ q̣arniñ fanaadaw walaata ḥeena manaaṣ!

    މި مكة މީހުންގެ ކުރިންތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައް أمة ހެއްޔެވެ؟ (އެއީ އެ أمة ތަކުގެ މީހުން އެމީހުންގެ رسول ންނަށް އީމާންނުވެގެންނެވެ.) އަދި އެމީހުންނަށް عذاب އައި ވަގުތު އެމީހުން ސަލާމަތަށްގޮވާ دعاء ކޮށް ހެދިއެވެ. އެކަމަކު އެވަގުތު އެއީ ގޮވިޔަސް ސަލާމަތްވާނެ ވަގުތެއްނޫނެވެ.

  245. 38:4

    وَعَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ ۖ وَقَالَ ٱلْكَـٰفِرُونَ هَـٰذَا سَـٰحِرٌ كَذَّابٌ

    Wa-ʻajibooo ʹañ jaaaʹahum Muñẓirun minhum! Wa-q̣aalal Kaafiroonna haaẓaa saaḥiruñ kaẓẓaab!

    އަދި އެމީހުން يعني مكة ގެ މީހުން އެ عجائب ވީ އެމީހުންގެ ތެރެއަށް އެމީހުންގެ ތެރެއިން إنذار ކުރައްވާނޭ رسول ބޭކަލަކު ވަޑައިގަނެގެންނެވެ. އަދި ކާފަރުން ބުނީ މިއީ سحر ވެރި ދޮގުވެރިއެއް ކަމުގައެވެ.

  246. 38:5

    أَجَعَلَ ٱلْـَٔالِهَةَ إِلَـٰهًا وَٰحِدًا ۖ إِنَّ هَـٰذَا لَشَىْءٌ عُجَابٌ

    ʹAjaʻalal ʹaalihata ʹIlaahañw Waaḥidaa? ʹInna haaẓaa lashayʹun ʻujaab!

    އެކަލޭގެފާނު އެހައްދަވަނީ މިހުރިހާ إله ންގެ ބަދަލުގައި އެންމެ إله އެކެވެ. (މިހުރިހާ ކަމެއް އެންމެ إلَهُ އަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ ނުވާނެއެވެ.) ހަމަކަށަވަރުން މިއީ ވަރަށް عَجَائِبُ ހުރިކަމެކެވެ.

  247. 38:6

    وَٱنطَلَقَ ٱلْمَلَأُ مِنْهُمْ أَنِ ٱمْشُوا۟ وَٱصْبِرُوا۟ عَلَىٰٓ ءَالِهَتِكُمْ ۖ إِنَّ هَـٰذَا لَشَىْءٌ يُرَادُ

    Wañṭalaq̣al malaʹu minhum ʻanim shoo waṣbiroo ʻalaaa ʹaalihatikum! ʹInna haaẓaa lashayʹuñy yuraad!

    އެމީހުންގެތެރެއިން ބޮޑެތިމީހުންގެ ޖަމާޢަތެއް ތެދުވެގެން ހިގައްޖެއެވެ. (އަދި އެމީހުން ދަމުންބުންޏެވެ.) "ކަލޭމެން ކަލޭމެންގެ ދީންމަތީ ސާބިތުވެ ތިބޭށެވެ! (އަދި މި مُحَمَّدُ ގެފާނުން ދައްކަވާ ވާހަކަނުއަހާށެވެ.) އަދި ކަލޭމެންގެ إلَهُ ން ތަކަށް އަޅުކަން ކުރުންމަތީ ޤާއިމުވެ ކެތްތެރިވާށެވެ. ހަމަކަށަކަވަރުން އެކަލޭގެފާނު އެއެދެނީ އަހުރެމެންނަށްވުރެން މަތިވެރިވެ އަހުރެމެންގެމައްޗަށް حُكُم ކުރާށެވެ.

  248. 38:7

    مَا سَمِعْنَا بِهَـٰذَا فِى ٱلْمِلَّةِ ٱلْـَٔاخِرَةِ إِنْ هَـٰذَآ إِلَّا ٱخْتِلَـٰقٌ

    Maa- samiʻnaa bihaaẓaa fil millatil ʹaakhirah: ʹin haaẓaaa ʹillakh tilaaq̣!

    އެންމެފަހުން އައި ދީނުގެފަރާތުންވެސް އަހުރެމެން އެފަދަ ވާހަކައެއްނުއަހަމެވެ. އެއީ ހަމަ އެކަލޭގެފާނުން ހަދައިގެންއުޅޭ ދޮގުވާހަކައެއްކަމުގައި މެނުވީ ނުވެއެވެ."

  249. 38:8

    أَءُنزِلَ عَلَيْهِ ٱلذِّكْرُ مِنۢ بَيْنِنَا ۚ بَلْ هُمْ فِى شَكٍّ مِّن ذِكْرِى ۖ بَل لَّمَّا يَذُوقُوا۟ عَذَابِ

    ʹA-ʹuñzila ʻalayhiẓ Ẓikru mim bayninaa? Bal hum fee shakkim miñ Ẓikree! Bal lammaa yaẓooq̣oo ʻAẓaab!

    އަދި އަހުރެމެން މިހެންތިއްބާ އަހުރެމެންގެތެރެއިން އޭނާއަށްވަކިން قرآن ބާވާއިލެއްވީ ހެއްޔެވެ؟ الله وَحِي ކުރެއްވިއެވެ. (އެހެންނަކުންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ ތިމަންރަސްކަލާނގެ ذِكْرُ އާމެދު އެބަހީ قرآن އާއިމެދު ނުވަތަ وَحِي އާއިމެދު ޝައްކެއްގައެވެ. އަދި ކިއެއްހެއްޔެވެ؟ އަދި މިހާތަނަށް ތިމަންރަސްކަލާނގެ عَذَابُ ގެރަހަ އެމީހުންނަށް ނުފެންނަނީއެވެ.

  250. 38:9

    أَمْ عِندَهُمْ خَزَآئِنُ رَحْمَةِ رَبِّكَ ٱلْعَزِيزِ ٱلْوَهَّابِ

    ʹAm ʻiñdahum khazaaaʹinu Raḥmati Rabbikal ʻAzeezil Wahhaab?

    (އޭ رَسُولُ الله އެވެ.) ކަލޭގެފާނުންގެ عِزَّة ވަންތަ އަދި ގިނަގިނައިންދެއްވާ رَبُّ ގެ رَحْمَة ގެ خَزَانَة ތައް އެމީހުންގެ އަތުގައިވަނީބާވައެވެ؟ (އެމީހުން އެދޭމީހަކަށް ނަބީކަމާއި ރަސޫލުކަން އެމީހުންނަށް ދެވުނީހީ އެހެންނަމަތާއެވެ.)

  251. 38:10

    أَمْ لَهُم مُّلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ فَلْيَرْتَقُوا۟ فِى ٱلْأَسْبَـٰبِ

    ʹAm lahum mulkus samaawaati wal-ʹarḍi wa-maa baynahumaa? Falyartaq̣oo fil ʹasbaab!

    ނުވަތަ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތީގެ މިލްކުވެރިކަން އެމީހުންގެ އަތުގައިވަނީ ހެއްޔެވެ؟ (އެމީހުން ބޭނުންމީހަކަށް ބޭނުން އެއްޗެއްދީ އަދިބޭނުންނޫންމީހަކަށް ނުދީ ހިފަހައްޓާނީ އެހެންނަމަތާއެވެ.) ދެން އެމީހުން އެހީކުރާގޮތަށް އުޑާއި ބިމުގެ މިލްކުވާނަމަ އެމީހުން ނިކަން އުޑަށް އަރައިބަލާށެވެ. އަދި مُحَمَّد ގެފާނަށް ބާވައިލައްވާ وَحِي ބަންދުކޮށްބަލާށެވެ.

  252. 38:11

    جُندٌ مَّا هُنَالِكَ مَهْزُومٌ مِّنَ ٱلْأَحْزَابِ

    Juñdum maa hunaalika mahzoomum minal ʹaḥzaab.

    އެމީހުންނަކީ އިސްވެދިޔަ އުއްމަތްތަކުގައި ތިބިކާފަރުން ފަދައިން އެތާ - އެބަހީ ބަދުރުގެ ދުވަހު ނުވަތަ މައްކާ ފަތަޙަވާ ދުވަހުން ބަލިވެގެންދާނޭ ލަޝްކަރެކެވެ.

  253. 38:12

    كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَفِرْعَوْنُ ذُو ٱلْأَوْتَادِ

    Kaẓẓabat q̣ablahum Q̣awmu Nooḥiñw WaʻAaduñw Wa-Firʻawnu Ẓul ʹawtaad,

    އެމީހުންގެ ކުރިން އެބަހީ މައްކާގެ އަހުލުވެރިންގެ ކުރިންވެސް نوح قوم ގެމީހުންނާއި عَادُ ބާގައިގެމީހުންނާއި އަދި ކަޑަތަކުގެވެރި فرعون ގެމީހުންނާއި އެ އެންމެންވެސް އެމީހުންގާތަށް ފޮނުވުނު ރަސޫލުން އެމީހުން ދޮގުކުރިއެވެ.

  254. 38:13

    وَثَمُودُ وَقَوْمُ لُوطٍ وَأَصْحَـٰبُ لْـَٔيْكَةِ ۚ أُو۟لَـٰٓئِكَ ٱلْأَحْزَابُ

    Wa-S̤amoodu wa-Q̣awmu Looṭiñw waʹAṣḥaabul ʹAykah;― ʹulaaaʹikal ʹAḥzaab.

    އަދި ثمود ބާގައިގެމީހުންނާއި އަދި لوط قوم ގެމީހުންނާއި އަދި أَيْكَةُ އެކުވެރިންނާއި (އެއީ شُعَيْبُ عَلَيْه السلام ދީނަށް ގޮވައިލެއްވި ބައެކެވެ.) ބޮޑެތި ގަދަ ޖަމާޢަތްތަކަކީ އެއީއެވެ.

  255. 38:14

    إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ

    ʹIñ kullun ʹillaa kaẓẓabar rusula faḥaq̣q̣a ʻIq̣aab.

    އެހުރިހާމީހުންވެސް އެމީހުންގާތަށް ފޮނުވުނު ރަސޫލުބޭކަލުން ދޮގުކުރިބަޔަކު ކަމުގައިމެނުވީ ނުވެއެވެ. ދެން ފަހެ އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ عُقُوبَة حَقُّ ވެއްޖެއެވެ. (އެމީހުންނަށް ޢަޒާބު އައީއެވެ.)

  256. 38:15

    وَمَا يَنظُرُ هَـٰٓؤُلَآءِ إِلَّا صَيْحَةً وَٰحِدَةً مَّا لَهَا مِن فَوَاقٍ

    Wa-maa yañz̤̣uru haaaʹulaaaʹi ʹillaa Ṣayḥatañw waaḥidatam maa lahaa miñ fawaaq̣.

    އަދި މިއެންމެންވެސް ހަމައެކަނި އެންމެ އަޑުފަށަކަށްމެނުވީ (ތާޅަފިލި ފުންމަވާލެއްވުމަށްމެނުވީ) إنْتِظَارُ ނުކުރެއެވެ. އެއަޑުފަށަށް އެއްވެސް ހުއްޓުމެއްނުވެއެވެ.

  257. 38:16

    وَقَالُوا۟ رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ ٱلْحِسَابِ

    Wa-q̣aaloo Rabbanaa ʻajjil lanaa q̣iṭṭanaa q̣abla Yawmil Ḥisaab!

    އަދި އެމީހުން އެބަހީ ކާފަރުން ބުންޏެވެ. "އޭއަޅަމެންގެ رَبُّ އެވެ. އަޅަމެންނަށް އޮތް އެއްޗެއްވިއްޔާ (ހެވަސް ނުބަޔަސް) ހިސާބު ބައްލަވާދުވަހުގެކުރިން އަޅަމެންނަށް އަވަސްކޮށްދެއްވާށެވެ." (އެއީ عَذَاب އަކަސް ثَوَاب އަކަސް މެއެވެ.)

  258. 38:17

    ٱصْبِرْ عَلَىٰ مَا يَقُولُونَ وَٱذْكُرْ عَبْدَنَا دَاوُۥدَ ذَا ٱلْأَيْدِ ۖ إِنَّهُۥٓ أَوَّابٌ

    ʹIṣbir ʻalaa maa- yaq̣ooloona waẓkur ʻAbdanaa Daawooda Ẓal ʹayd: ʹinnahooo ʹawwaab.

    (އޭ رَسُولُ الله އެވެ!) އެމީހުން އެބުނާއެއްޗެއްސާއި މެދު ކެތްތެރިވެވަޑައިގަންނަވާށެވެ. އަދި ތިމަންރަސްކަލާނގެ އަޅާ دَاوُد ހަނދުމަފުޅު ކުރައްވާށެވެ. އެކަލޭގެފާނަކީ ދީނުގެ ކަންތަކުގައި ގަދައަތެއްވާބޭކަލެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ﷲ އަށް تَوْبَة ވެ ވަޑައިގަންނަވާ ބޭކަލެކެވެ.

  259. 38:18

    إِنَّا سَخَّرْنَا ٱلْجِبَالَ مَعَهُۥ يُسَبِّحْنَ بِٱلْعَشِىِّ وَٱلْإِشْرَاقِ

    ʹInnaa sakhkharnal jibaala maʻahoo yusabbiḥna bilʻashiyyi wal-ʹishraaq̣,

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެތަކެތި އެކަލޭގެފާނާއިއެކު ހަވީރުގެ ވަގުތުގައްޔާއި އަދި ހެދުނުގެ ވަގުތުގައި تسبيح ކިޔައެވެ. ﷲ ހުސްطاهر ވަންތަކުރެއެވެ.

  260. 38:19

    وَٱلطَّيْرَ مَحْشُورَةً ۖ كُلٌّ لَّهُۥٓ أَوَّابٌ

    Waṭṭayra maḥshoorah: kullul lahooo ʹawwaab.

    އަދި ދޫނިތައް ބައިބަޔަށް ޖައްވުގެތެރޭގައި ޖަމާވެ ހިފެހެއްޓިގެންވެއެވެ. އެހުރިހާތަކެތި އެކަލޭގެފާނަށް ކިޔަމަންތެރިވެގެންވެއެވެ. އެކަލޭގެފާނާއިއެކު ﷲ އަށް تسبيح ކިޔާނެއެވެ.

  261. 38:20

    وَشَدَدْنَا مُلْكَهُۥ وَءَاتَيْنَـٰهُ ٱلْحِكْمَةَ وَفَصْلَ ٱلْخِطَابِ

    Wa-shadadnaa mulkahoo wa-ʹaataynaahul ḥikmata wa-faṣlal khiṭaab.

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ވެރިކަން ގަދަކޮށްދެއްވީމެވެ. (އެއީ عداوة ތެރިންގެ މައްޗަށް އެކަލޭގެފާނަށް نصرދެއްވައި مادّى އަދި روحانى ބާރުތައް ދެއްވައިގެންނެވެ.) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حكمة ދެއްވީމެވެ. އެއީ نبي ކަމާއި އެކަލޭގެފާނު ކުރައްވާ ކޮންމެ حكم އެއްގެ معرفة ވެރިކަމެވެ. އަދި ނިޔާކުރެއްވުމުގެ ރަނގަޅު ގޮތާއި ރަނގަޅުވިސްނުން ދެއްވީމެވެ. (ވާހަކަ ވަކިކުރުމާއި حكم ވަކިކުރެއްވުމުގެ ހުނަރުވެރިކަން ދެއްވީމެވެ.) * ދަންނައެވެ. فصل الخطاب އަކީ ކޮން އެއްޗެއް ކަމާއިމެދު مفسر ންގެ ބަސް ތަފާތެވެ. މިފޮތުގައި ލިޔެވިފައިވަނީ އޭގެތެރެއިން ދެގޮތެކެވެ. والله أعلم.

  262. 38:21

    ۞ وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ

    Wa-hal ʹataaka nabaʹul khaṣm? ʹIẓ tasawwarul miḥraab;

    (އޭ رسول الله އެވެ.) دعوى ކުރާ خصم ންގެ خبر ކަލޭގެފާނުންގެ އަރިހަށް އައިތޯއެވެ؟ محراب ގެ ފާރުމަތިން (داود عليه السّلام އިންނެވި منزل ގެ ފާރުމަތިން އެދެ خصم ން އެރި ހިދުންނެވެ.

  263. 38:22

    إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ

    ʹIẓ dakhaloo ʻalaa Daawooda fafaziʻa minhum q̣aaloo laa- takhaf: khaṣmaani bag̣aa baʻḍunaa ʻalaa baʻḍiñ faḥkum̃ baynanaa bilḥaq̣q̣i wa-laa tushṭiṭ wahdinaaa ʹilaa sawaaaʹiṣ ṣiraaṭ...

    އެމީހުން داود عليه السّلام ގެއަރިހަށް އައިހިނދުން އެކަލޭގެފާނުން ސިހިވަޑައިގެންނެވިއެވެ. އެބޭކަލުންދެންނެވިއެވެ. "ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ. އަހުރެމެންދެމީހުންނަކީ ދެ خَصْمُ ންނެވެ. މައްސަލައެއްގައި (قَضِيَّة އެއްގައި) ނިޔާއެއްކޮށްދެއްވުން އެދިގެން އައީއެވެ. (دّعْوَى ކުރާމީހަކާއި دّعْوَى ލިބޭމީހެކެވެ.) އަހުރެމެންދެމީހުން އެކަކު އަނެކަކުގެމައްޗަށް ރުޅިއައިސްގެން ޢަދާވަތްތެރިވީއެވެ. ފަހެ ކަލޭގެފާނުން އަހުރެމެންގެމެދުގައި ހަމަ حَقُّ ގޮތުގައި حُكُم ކޮށްދެއްވާށެވެ. އަދި ކަލޭގެފާނުން حُكُم ގައި އަނިޔާވެރިވެ ވަޑައި ނުގަންނަވާށެވެ! އަދި އަޅުގަޑުމެންނަށް ހަމަސީދާ ތެދުމަގަށް މަގުދައްކަވާ ބައްލަވާށެވެ."

  264. 38:23

    إِنَّ هَـٰذَآ أَخِى لَهُۥ تِسْعٌ وَتِسْعُونَ نَعْجَةً وَلِىَ نَعْجَةٌ وَٰحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ

    ʹInna haaẓaaa ʹakhee: lahoo tisʻuñw watisʻoona naʻjatañw waliya naʻjatuñw waaḥidah: faq̣aala ʹakfilneehaa wa-ʻazzanee fil khiṭaab.

    " އަޅުގަޑުމެންގެ މިމައްސަލައަކީ މިއިނީ ދީނީގޮތުން އަޅުގަނޑުގެ أَخُ އެވެ. އެނާއަށް ނުވަދިހަ ނުވަބަކަރިވެއެވެ. އަދި އަހުރެންނަށްވަނީ އެންމެ ބަކަރިއެކެވެ. ދެންފަހެ އޭނާއެ އެދެނީ އަހުރެންގެ އަތުގައިވާ އެންމެ ބަކަރިވެސް އޭނާއަށް މިލްކުކޮށްދޭށެވެ. އަދި ވާހަކަ ދެއްކުމުގައި ޖަދަލުކުރުމުގެ ގޮތުން އޭނާ އަހުރެންގެ މައްޗަށް ގަދަވެގެންފިއެވެ."

  265. 38:24

    قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَقَلِيلٌ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّـٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًا وَأَنَابَ ۩

    Q̣aala laq̣ad z̤̣alamaka bisuʹaali naʻjatika ʹilaa niʻaajih: wa-ʹinna kas̤eeram minal khulaṭaaaʹi layabg̣ee baʻḍuhum ʻalaa baʻḍin ʹillal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati wa-q̣aleelum maa hum! Wa-z̤̣anna Daawoodu ʹannamaa fatannaahu fastag̣fara Rabbahoo wa-kharra raakiʻañw waʹanaab.

    داود عليه السّلام އަނެއްމީހާގެވާހަކައަށް ބައްލަވައިނުލައްވައި دَعْوَى ކުރާމީހާއާއި ދިމާލަށްވިދާޅުވިއެވެ. "އޭނާގެބަކަރިތަކުގެތެރެއަށް ލުމަށްޓަކައި ކަލޭގެބަކަރިދޭން އެނާ ކަލޭގެކިބައިން އެދުނުކަންއެއީ އޭނާކަލެއަށްކުރި އަނިޔާއެކެވެ. ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުން މެނުވީ (އެއީ މަދުބައެކެވެ.) ވަރަށްގިނަ ބައިވެރިން އޭގެ އެއްބައެއްގެމައްޗަށް އަނެއްބަޔަކު އަނިޔާވެރިވެއެވެ! ދަންނައެވެ. މިހިސާބަށްވާހަކަ ދިޔަތަނާ ސަރިއަތަށް އައިސްތިބިދެމީހުން ގެއްލިއްޖެއެވެ. تَفْسِيْرُ عِلمُ ވެރިންގެތެރޭގައި މަޝްހޫރުވެގެންވަނީ އެއީ داود عليه السّلام إمْتِحَانُ ކުރެއްވުމަށް ﷲ ފޮނުއްވި ދެމަލާއިކަތްބޭކަލުން ކަމަށެވެ. داود عليه السّلام ގެ حُكُم ފުޅުގައި ޢަދުލުވެރިކަމުން ނެއްޓޭފަދަ ގޮތެއްމެދުވެރިވީކަމުގައި عِلمُ ވެރިން ލިއުއްވައެވެ. އެއީ دَعْوَى ކުރިމީހާގެވާހަކަ އެކަނި އައްސަވާފައި އަނެއްމީހާގެވާކަ ނާއްސަވައި حُكُم ކުރެއްވެވިކަމެވެ.\nދެންފަހެ އެދެބޭކަލުން އެތަނުން ގެއްލުމުން - غائب ވުމުން ﷲ އެކަލޭގެފާނު إمتحان ކުރެއްވީކަން داود عليه السلام އަށް يقين ފުޅުވެއްޖެއެވެ. ދެންފަހެ އެކަލޭގެފާނުންގެ رب ގެ حضرةގައި އެކަލޭގެފާނުންގެ ފާފަފުއްސެވުމަށް އެދިވަޑައިގެންދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެންނެވިއެވެ.

  266. 38:25

    فَغَفَرْنَا لَهُۥ ذَٰلِكَ ۖ وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍ

    Fag̣afarnaa lahoo ẓaalik: wa-ʹinna lahoo ʻiñdanaa lazulfaa wa-ḥusna maʹaab.

    ﷲ އެކަލޭގެފާނަށް ފާފަ ފުއްސެވި ކަމުގައި وحي ކުރެއްވިއެވެ. އަދި وحي ކުރެއްވިއެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرة ގައި ގާތްކަމާއި އަދި އެނބުރި ދާތަނުގެ ރަނގަޅުކަން ހުއްޓެވެ. ސުވަރުގެ ހުއްޓެވެ. އަދި މި آية ގެ تفسير ލިޔުއްވި ބައެއް ބޭކަލުން ގެންނަވާފައިވާ إسرائيلى ބައެއް ރިވާޔަތްވެއެވެ. އޭގެތެރޭގައި رسول ބޭކަލުންގެ درجة ފުޅާއި އެކަށީގެންނުވާ ވާހަކަވެސްވެއެވެ. އެހެންވެ އެބާވަތުގެވާހަކަ ލިޔާހިތްނުވީއެވެ. والله أعلم.

  267. 38:26

    يَـٰدَاوُۥدُ إِنَّا جَعَلْنَـٰكَ خَلِيفَةً فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ ۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌ شَدِيدٌۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ

    Yaa-Daawoodu ʹinnaa jaʻalnaaka Khaleefatañ fil ʹarḍi faḥkum̃ baynan naasi bilḥaq̣q̣i wa-laa tattabiʻil hawaa fayuḍillaka ʻañ Sabeelil laah: ʹinnal laẓeena yaḍilloona ʻañ Sabeelil laahi lahum ʻaẓaabuñ shadeedum bimaa nasoo Yawmal Ḥisaab.

    (ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ.) އޭ داود އެވެ. ހަމަކަށަވަރުން ބިމުގައި خَلِيْفَة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނުލެއްވީމެވެ. އެހެންވެ މީސްތަކުންގެމެދުގައި عَدْلُ ވެރި ހަމަޙައްޤު ގޮތުގައި حُكُم ކުރައްވާށެވެ. ފަހެ އެހެންނޫންނަމަކަލޭގެފާނު الله މަގުން ކަހައިލާ ފުރެދިވަޑައިގެންފާނެއެވެ. (މަގުފުރެދިދާނެއެވެ.) ހަމަކަށަވަރުން ﷲ ގެމަގުން ފުރެދޭމީހުން (ދަންނައެވެ.) އެމީހުންނަށް ހުންނަހުރީ ގަދަވެގެންވާ ޢަޒާބެވެ. އެއީ ހިސާބުބައްލަވާދުވަސް އެމީހުން ހަދާންނެތުމުގެ ސަބަބުންނެވެ.

  268. 38:27

    وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا بَـٰطِلًا ۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُوا۟ ۚ فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِنَ ٱلنَّارِ

    Wa-maa khalaq̣nas samaaaʹa wal-ʹarḍa wa-maa baynahumaa baaṭilaa! Ẓaalika z̤̣annul laẓeena kafaroo! Fawaylul lil-laẓeena kafaroo minan Naar!

    އަދި އުޑާއިބިން ތިމަންރަސްކަލާނގެ بَاطِلُ ގޮތެއްގައި ނުހައްދަވަމެވެ. އެއީ ކާފަރުން ހީކުރާގޮތެވެ (އެބަހީ އުޑާއިބިން ހައްދަވާފައިވަނީ بَاطِلُ ގޮތެއްގައި ކަމުގައިހީކުރާނީ ކާފަރުންނެވެ.) ފަހެ ކާފަރުންނަށް ނަރަކައިގެ ގަދަޢަޒާބު ހުއްޓެވެ.

  269. 38:28

    أَمْ نَجْعَلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَٱلْمُفْسِدِينَ فِى ٱلْأَرْضِ أَمْ نَجْعَلُ ٱلْمُتَّقِينَ كَٱلْفُجَّارِ

    ʹAm najʻalul laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati kalmufsideena fil ʹarḍ? ʹAm najʻalul muttaq̣eena kalfujjaar?

    އަދިކިއެއްހެއްޔެވެ؟ އީމާންވެގެން صَالِحُ عَمَلُ ކުރިމީހުން ބިންމަތީގައި ފަސާދަކުރާމީހުންފަދައިން ތިމަންރަސްކަލާނގެ ލައްވާނެހެއްޔެވެ؟ ނުވަތަ تَقْوَى ވެރިން ނުބައި ނުލަފާމީހުންފަދައިން ތިމަންރަސްކަލާނގެ ލައްވާނެހެއްޔެވެ؟ (އެހެން ނުހައްދަވާނެކަން ކަށަވަރެވެ.) ނުބައިނުލަފާމީހުންނަށް ޤިޔާމަތްދުވަހުން ހުންނާނީ ނަރަކައެވެ. އަދިއެތާގެ ޢަޒާބެވެ. އަދި މުއުމިނު تَقْوَى ވެރިން ނަށް ހުންނަހުށީ ސުވަރުގެއެވެ. އަދިއެތާގެ نِعْمَة އެވެ.

  270. 38:29

    كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ مُبَـٰرَكٌ لِّيَدَّبَّرُوٓا۟ ءَايَـٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَـٰبِ

    Kitaabun ʹañzalnaahu ʹilayka mubaarakul liyaddabbarooo ʹAayaatihee wa-liyataẓakkara ʹulul ʹalbaab.

    ކީރިތި قُرْآن އަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށްބާވައިލެއްވި ފޮތެކެވެ. އޭގައި ގިނަ ހެޔޮތަކާއި ބަރަކާތްތައް އެކުލެވިގެންވާ މުބާރަކު ފޮތެކެވެ. އެފޮތްބާވާތްލެއްވީ އެފޮތުގެއާޔަތް ތަކަށްވިސްނާ ފިކުރު ކުރުމަށްޓަކައެވެ. (އަދި އޭގައިވާ ފަދައަކުން ޢަމަލުކުރުމަށްޓަކައެވެ. ހަމައެކަނި ކިޔަވައިލުމަށްޓަކައެއްނޫނެވެ.) ފަހެ ބުއްދިވެރި ވިސްނުންތެރިން އެފޮތުން نَصِيْحَة އާއި وَعْظُ ލިބިގަންނަހުށިކަމެވެ.

  271. 38:30

    وَوَهَبْنَا لِدَاوُۥدَ سُلَيْمَـٰنَ ۚ نِعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ

    Wa-wahabnaa li-Daawooda Sulaymaan: niʻmal ʻAbd! ʹInnahooo ʹawwaab!

    އަދިތިމަންރަސްކަލާނގެ داود ގެފާނަށް سُلَيْمَانُ ގެފާނުން ދެއްވީމެވެ. (عَلَيْهِمَا السلام) އެއީ އެބަހީ سُلَيْمَانُ ގެފާނުންނަކީ ނިޢުމަތް ލިބެވިގެންވާ ރަނގަޅު އަޅާއެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ތައުބާވެވަޑައިގަންނަވާ އަޅެކެވެ.

  272. 38:31

    إِذْ عُرِضَ عَلَيْهِ بِٱلْعَشِىِّ ٱلصَّـٰفِنَـٰتُ ٱلْجِيَادُ

    ʹIẓ ʻuriḍa ʻalayhi bilʻashiyyiṣ ṣaafinaatul jiyaad;

    އެއްމޮއްގަޑު އުފުލައިގެންއޮންނަ ބާރަށްދުވާއަސް ހަވީރުގެވަގުތު އެކަލޭގެފާގެ އެބަހީ سُلَيْمَانُ ގެފާނުންގެ އަރިހަށް ގެނެވި ހުށައެޅުނުހަދާން ކުރައްވާ ބައްލަވާށެވެ!

  273. 38:32

    فَقَالَ إِنِّىٓ أَحْبَبْتُ حُبَّ ٱلْخَيْرِ عَن ذِكْرِ رَبِّى حَتَّىٰ تَوَارَتْ بِٱلْحِجَابِ

    Faq̣aala ʹinneee ʹaḥbabtu ḥubbal khayri ʻañ ẓikri Rabbee,― ḥattaa tawaarat bilḥijaab:

    އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން އަހުރެންގެ އަހަށްވާލޯބި އަހުރެންގެ رَبُّ އަށްވާލޯތްބަށްވުރެ އިސްކުރެވިއްޖެއެވެ. (عَصْرُ ނަމާދުވެސް އެއަހާއިހެދި ފާއިތުވީއެވެ.) އިރުއޮއްސެދެން އެއަހާއިގެން مَشْغُولُ ވެވުނީއެވެ.

  274. 38:33

    رُدُّوهَا عَلَىَّ ۖ فَطَفِقَ مَسْحًۢا بِٱلسُّوقِ وَٱلْأَعْنَاقِ

    Ruddoohaa ʻalayy. faṭafiq̣a mas-ḥam bissooq̣i wal-ʹaʻnaaq̣.

    އެކަލެގެފާނުން ވިދާޅުވިއެވެ. އެއަސް އަހުރެންނައި ހަމައަށް ގެންނާށެވެ. އަސްގެނެވުމުން އޭގެފައިދަޑީގައްޔާއި އޭގެކަރުގައި އަތްޕުޅު ކާއްތަވަންފެއްޓެވިއެވެ. * އަދި ބައެއްރިވާޔަތުގައިވާގޮތުން އޭތިކަތިލައި އޭގެކަރާއި އަތްފައިކެޑުއްވީއެވެ. (އެއީ އޭގެސަބަބުން ﷲގެ ذِكْرُ ން އެކަލޭގެފާނުން ހަދުމަނެތިނުވުމަށްޓަކައެވެ. والله أعلم)

  275. 38:34

    وَلَقَدْ فَتَنَّا سُلَيْمَـٰنَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِۦ جَسَدًا ثُمَّ أَنَابَ

    Wa-laq̣ad fatannaa Sulaymaana wa-ʹalq̣aynaa ʻalaa kursiyyihee jasadañ s̤umma ʹanaab:

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ سُلَيْمَانُ ގެފާނު إمْتِحَانُ ކުރެއްވީމެވެ. އަދި އެކަލޭގެފާނުގެ ގޮޑިކޮޅުގައި ތިމަންރަސްކަލާނގެ ހަށިގަޑެއް ނުވަތަ (ދެބައިކުޅައެއްބައިގެ އިންސާނެއް) ނުވަތަ ވާވެފައިވާ އިންސާނެއް ބެއިންދީމެވެ. ދެން އެކަލޭގެފާނުންތައުބާވެވަޑައިގެންނެވިއެވެ. ﷲ ގެ حَضْرَةُ އަށް رُجُوعَ ވެވަޑައިގެންނެވިއެވެ.\n* ދަންނައެވެ. صَحِيْحُ ގައި ރިވާވެގެންވާފަދައިން އެއްދުވަހަކު سُلَيْمَانُ ގެފާނުވިދާޅުވިއެވެ. މިރޭއަހުރެން ސަތޭކަޖާރިޔާއިންނާއި (އަދި އެހެން ރިވާޔަތެއްގައިވަނީ ނުވަދިހަ އަންހެނުންނާއި) جِمَاعُ ވާހުށީމެވެ. ދެން އޭރުން އެއިންކޮންމެ އަންހެނަކު ފިރިހެންކުއްޖަކު ވިހާނެއެވެ. ދެންއެކުއްޖާ ހަނގުރާމައިގެ ފަހުލަވާނަކަށްވެގެން ﷲ ގެމަގުގައި جِهَادُ ކުރާނެއެވެ. އެކަލޭގެފާނު އެހެންވިދާޅުވިހިދު إنْشَاء الله އެކޭވިދާޅެއްނުވެވުނެވެ. ދެން އެކަލޭގެފާނުން އަންހެނުންތަކާއި جِمَاعُ ވިއެވެ. އެހެންނަމަވެސް އެއިން އެންމެ އަންހެނެއްމެނުވީ ނުވިހައެވެ. އަދި ވިހެއިމީހާ ވިހެއީވެސް މީހެއްގެ އެއްބުރިއެވެ. ނުވަތަ އެއްބައި ވާވެފައިވާކުއްޖެކެވެ. އެކުއްޖާ ވިހެއިހިދުން سُلَيْمَانُ ގެފާނު ގެއަރިހަށް ގެނެވުނެވެ. އަދި އެކަލޭގެފާނުންގެ ރަސްމީ ގޮޑިކޮޅުގައި ބޭންދެވިއެވެ. މިއެވެ. ދެން އެކަލޭގެފާނު ތައުބާވެވަޑައިގެންނެވިއެވެ.

  276. 38:35

    قَالَ رَبِّ ٱغْفِرْ لِى وَهَبْ لِى مُلْكًا لَّا يَنۢبَغِى لِأَحَدٍ مِّنۢ بَعْدِىٓ ۖ إِنَّكَ أَنتَ ٱلْوَهَّابُ

    Q̣aala Rabbig̣ fir lee wa-hab lee Mulkal laa yambag̣ee liʹaḥadim mim baʻdee: ʹinnaka ʹAñtal Wahhaab.

    އެކަލޭގެފާނުން الله އަށް ދެންނެވިއެވެ. " އޭއަޅުގެ رَبُّ އެވެ! މިއަޅާގެފަހުން އެއްވެސްމީހަކަށް އެކަށީގެންނުވާވަރުގެ ވެރިކަމެއް މިއަޅާއަށް ދެއްވާދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ދެއްވާކަލާނގެއެވެ".

  277. 38:36

    فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِۦ رُخَآءً حَيْثُ أَصَابَ

    Fasakhkharnaa lahur Reeḥa tajree biʹamrihee rukhaaaʹan ḥays̤u ʹaṣaab,―

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި ވައި ކިޔަމަންކުރެއްވީމެވެ. އެކަލޭގެފާނުން ވިދާޅުވިތާކަށް އެލޭގެފާނުން ގޮވައިގެން ދަތުރުކުރެއެވެ. (މިވާހަކަ سَبَأَ ސޫރަތުގައިވެސް ބަޔާންވެގެންވެއެވެ.)

  278. 38:37

    وَٱلشَّيَـٰطِينَ كُلَّ بَنَّآءٍ وَغَوَّاصٍ

    Washshayaaṭeena kulla bannaaaʹiñw wag̣awwaaṣ,―

    އަދި ޢިމާރާތްތަކާއި އެކިއެކިތަންތަން ބިނާކުރާ ކޮންމެ شَيْطَانُ އަކާއި އަދި ކަނޑުގެ އަޑިއަށްފީނާ ކޮންމެ شَيْطَانُ އަކާއި ވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ކިޔަމަންކޮށްދެއްވީމެވެ. (އެސޮރުމެން ކަނޑުގެ އަޑިން ރަންމުތާއި ޖަވާހިރު ނަގައެވެ.)

  279. 38:38

    وَءَاخَرِينَ مُقَرَّنِينَ فِى ٱلْأَصْفَادِ

    Wa-ʹaakhareena muq̣arraneena fil ʹaṣfaad.

    އަދި އަނެއްބައި شَيْطَانُ ން ދަގަޑުގެ ޤައިދުތަކުގައި / ދަގަޑު ޗޭނުގައި ބަދެވިގެންވެއެވެ.

  280. 38:39

    هَـٰذَا عَطَآؤُنَا فَٱمْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ

    Haaẓaa ʻAṭaaaʹunaa famnun ʹaw ʹamsik big̣ayri ḥisaab.

    އަދި (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) މިއީ ހައްތާވެސް ތިމަންރަސްކަލާނގެ ދެއްވާ ދެއްވުމެވެ. އެއިން ކަލޭގެފާނުންދެއްވާނެމީހަކަށް ދެއްވާނެވަރަކަށް ދެއްވާށެވެ! ނުވަތަ ނުދެއްވަންޏާ ނުދެއްވާށެވެ! ހިފަހައްޓަވާށެވެ. އޭގެ އެއްވެސް ހިސާބެއްނެތެވެ.

  281. 38:40

    وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍ

    Wa-ʹinna lahoo ʻiñdanaa lazulfaa waḥusna maʹaab.

    ހަމަކަށަވަރުން އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حَضْرَةُ ގައި ގާތްކަމާއި ކުއްތަންވުން ވެއެވެ. އަދި އެނބުރިދާ ރަނގަޅުތަންވެއެވެ. އެއީސުވަރުގެއެވެ.

  282. 38:41

    وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَـٰنُ بِنُصْبٍ وَعَذَابٍ

    Waẓkur ʻAbdanaaa ʹAyyoob. ʹIẓ naadaa Rabbahooo ʹannee massaniyash shayṭaanu binuṣbiñw waʻaẓaab!

    (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅު أَيُّوب عَلَيْه السّلآم ހަނދުމަފުޅު ކުރައްވާށެވެ އެކަލޭގެފާނު އެކަލޭގެފާނުންގެ رَبُّ އަށް ދުޢާދެންނެވި ހިނދުއެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) "ހަމަކަށަވަރުން މިއަޅާ ގައި شَيْطَانُ ބީހިއްޖެއެވެ. (ނުވަތަ شَيْطَانُ ޖަހައިފިއެވެ.) އޭނާގެފަރާތުން އުދަގުލާއި ގަދަރިހުމާ ވެއެވެ."

  283. 38:42

    ٱرْكُضْ بِرِجْلِكَ ۖ هَـٰذَا مُغْتَسَلٌۢ بَارِدٌ وَشَرَابٌ

    ʹUrkuḍ birijlik: haaẓaa mug̣tasalum baariduñw washaraab.

    (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) "ކަލޭގެފާނުންގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ." (ދެން އެކަލޭގެފާނު ފައިންޕުޅުން ޖެއްސެވިއެވެ. އަދި ޖެއްސެވުމުން އެތަނުންފެން އާރެއް އުފެދިއްޖެއެވެ. ދެން الله އެންގެވިއެވެ.) ތިޔަހުރީ ފެންވަރުއްވާނޭ ފިނިފެނެވެ. އަދި ހިއްޕަވާނޭ ފިނިހިއްޕެވުމެވެ. (ދެން އެކަލޭގެފާނުން އެފެނުން ފެންވަރުއްވައި ފެންފޮދު ހިއްޕެވުމުން އާލާސްކަންފުޅު މުޅިންފިލައްޖެއެވެ.)

  284. 38:43

    وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ

    Wa-wahabnaa lahooo ʹahlahoo wa-mis̤lahum maʻahum Raḥmatam minnaa wa-ẓikraa liʹUlil ʹalbaab.

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލެގެފާނުންގެ އަހުލުވެރިންނާއި އެމީހުންނާ އެކު އަދިއިތުރު އެހާވަރުދެއްވީމެވެ. (އެބަހީ އަހުލުވެރިން ޑަބަލްކޮށް ދެއްވީމެވެ.) އެއީ ތިމަންރަސްކަލާނގެ حَضْرَةُ ންވާ رَحْمَة އެއްގެ ގޮތުންނެވެ. އަދިބުއްދިވެރި ވިސްނުންތެރިންނަށް ވާ وَعْظُ نَصِيْحَةُ އެއްގެ ގޮތުންނެވެ. * ދަންނައެވެ. أَيُّوب عَلَيْه السّلآم އަކީ ދަރިންގިނަ މުދާގިނަ ބޭކަލަކު ކަމުގައިވިއެވެ. އާލާސްކަންފުޅު ޖެހުމާއެކީ އެހުރިހާކުދިން މަރުވެ އަދި މުދާވެސް ގެއްލިގެންދިޔައީއެވެ. ދެން އާލާސްކަންފުޅުގައި ﷲ އިރާދަކުރެއްވި ދުވަހަކު އޮންނެވުމަށްފަހު އެކަން ރަނގަޅުވުމުން އަލުންވެސް އެކުދިން ދިރުއްވައި އަދިއެޔާއެކު އޭގެއިތުރަށް އަދި އެހާކުދިން ދެއްވިކަމުގައި ވިއެވެ. އަދި މުދާވެސް އެހާގިނައިން ދެއްވިކަމުގައިވިއެވެ. = زُبْدَةُ التَّفْسِيْر އަދި أيْسَرُ التَّفَاسِيْر =

  285. 38:44

    وَخُذْ بِيَدِكَ ضِغْثًا فَٱضْرِب بِّهِۦ وَلَا تَحْنَثْ ۗ إِنَّا وَجَدْنَـٰهُ صَابِرًا ۚ نِّعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ

    Wa-khuẓ biyadika ḍig̣s̤añ faḍrib bihee wa-laa taḥnas̤. ʹInnaa wa-jadnaahu ṣaabiraa. Niʻmal ʻAbd! ʹInnahooo ʹawwaab!

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެނގެވީމެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅުން ހިކިދަޑި ބޮޑިއެއް ނުވަތަ އިހާގޮޑިއެއް ހިއްޕަވާށެވެ. އަދި އެއިން (އަނބިކަނބަލުން ގައިކޮޅުގައި) ޖައްސަވާށެވެ. އަދި ކަލޭގެފާނުންގެ ހުވައި އުވައި ނުލައްވާށެވެ. އެޔާއި خِلآفُ ވެވަޑައި ނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ދެކެވޮޑަގަންނަވަނީ ކެތްތެރި ބޭކަލަކު ކަމުގައެވެ. އަދި أَيُّوب عَلَيْه السّلآم އަކީ نِعْمَة ލިބިވަޑައިގެންވާ މާތްބޭކަލެކެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނު ގިނަގިނައިން الله އަށް ތައުބާވެވަޑައިގެން ރުޖޫޢަވެވަޑައި ގަންނަވައެވެ. * ދަންނައެވެ. أَيُّوب عَلَيْه السّلآم ގެ އެދިގުއާލަސްކަންފުޅުގައި އެންމެހައި އެކުވެރިންނާއި ރައްޓެހިންވެސް އެކަލޭގެފާނުދެކެ ބިރުންނާއި އަދިފޫހިވެގެން އެކަލޭގެފާނު ދޫކޮށްދިޔައީއެވެ. އަރިހުގައި އުޅުއްވީ ހަމައެކަނި އަނބި ކަނބަލުންނެވެ. އެދުވަސްވަރު އެކަމަނާގެ ފަރާތްޕުޅުން ހިގާދިޔަކޮންމެވެސް ކަމެއްގައި أَيُّوب عَلَيْه السّلآم ވިދާޅުވެފައިވަނީ އެކަމަނާގެ ގައިކޮޅުގައި ސަތޭކަ އެތިފަހަރު ޖެއްސެވުމަށެވެ. އެއީ ވަޢުދުއެއްގެ ގޮތުންނެވެ. އެހެންވެ އެވަޢުދު އެކަލޭގެފާނުންގެ ފަރާތްޕުޅުން ފުއްދެވުމަށްޓަކައި الله އެކަމަނާއަށް ލުއިކޮށްދެއްވުމަށް އެކަލޭގެފާނަށް އެންގެވީ ކުދި ދަޑީގެ ސަތޭކަ އެތިކޮޅުވާ ބޮޑިއަކުން ނުވަތަ ސަތޭކަ އެތިކޮޅުވާ އިހާގޮޑިއަކުން އެއްފަހަރު ޖެއްސެވުމަށެވެ. އޭރުން އެކުރެއްވި ހުވައިގެ ކަންތައްނިމުނީއެވެ. އެއީ އެކަމަނާއަށް الله ލެއްވި ބޮޑު رَحْمَة އެކެވެ.

  286. 38:45

    وَٱذْكُرْ عِبَـٰدَنَآ إِبْرَٰهِيمَ وَإِسْحَـٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَـٰرِ

    Waẓkur ʻIbaadanaaa ʹIbraaheema wa-ʹIsḥaaq̣a wa-Yaʻq̣ooba ʹUlil ʹAydee walʹAbṣaar.

    (އޭ رَسُولُ الله އެވެ!) އަދި ތިމަންރަސްކަލާނގެ މާތްއަޅުންކަމުގައިވާ ބޭކަލުން ހަނދުމަފުޅު ކުރައްވާށެވެ. (އެބޭކަލުންގެ ކެތްތެރިކަން ހަނދުމަފުޅު ކުރައްވާށެވެ.) އެއީ إِبْرَاهِيم އާއި إِسْحَاق އާއި އަދި يَعْقُوب (عَلَيْهِمُ السَّلآم) އެވެ. އެއީ އަޅުކަމަށް ބާރުފުޅުގަދަ އަދި މީސްތަކުންނަށް إحْسَان ތެރި އަދި ދީނުގެ ޢިލްމުގައި ވިސްނުންފުޅުގަދަ މާތްބޭކަލުންނެވެ.

  287. 38:46

    إِنَّآ أَخْلَصْنَـٰهُم بِخَالِصَةٍ ذِكْرَى ٱلدَّارِ

    ʹInnaaa ʹakhlaṣnaahum̃ bikhaaliṣatiñ Ẓikrad Daar.

    ހަމަކަށަވަރުން آخِرَة ދުވަސް ހަދާން ކުރެއްވުމުންނާއި އީމާންވުމުގެ ގޮތުން ކަނޑައެޅިގެން ތިމަންރަސްކަލާނގެ އެބޭކަލުން خَاصَّ ކުރެއްވީމެވެ.

  288. 38:47

    وَإِنَّهُمْ عِندَنَا لَمِنَ ٱلْمُصْطَفَيْنَ ٱلْأَخْيَارِ

    Wa-ʹinnahum ʻiñdanaa laminal Muṣṭafaynal ʹakhyaar.

    އަދި ހަމަކަށަވަރުން އެބޭކަލުން ތިމަންރަސްކަލާނގެ حَضْرَةُ ގައިވަނީ خَاصَّ ކުރެވި إخْتِيَارُ ކުރެވިގެންވާ ބޭކަލުންގެ ތެރެއިންވާ ބޭކަލުންކަމުގައެވެ.

  289. 38:48

    وَٱذْكُرْ إِسْمَـٰعِيلَ وَٱلْيَسَعَ وَذَا ٱلْكِفْلِ ۖ وَكُلٌّ مِّنَ ٱلْأَخْيَارِ

    Waẓkur ʹIsmaaʻeela wal yasaʻa wa-Ẓal-Kifl: wa-kullum minal ʹAkhyaar.

    އަދި إسمَا عِيْل ގެފާނާއި اليَسَعُ ގެފާނާއި އަދި ذُو الكِفْلِ ގެފާނާއި (عَلَيْهِمُ السَّلآم) މިބޭބޭކަލުން ހަނދުމަފުޅުކުރައްވާށެވެ. މިހުރިހާބޭކަލުންވަނީ. خِيَارُ ކުރެވިގެންވާ ބޭކަލުންގެ ތެރެއިންނެވެ.

  290. 38:49

    هَـٰذَا ذِكْرٌ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَـَٔابٍ

    Haaẓaa Ẓikr: wa-ʹinna lil-Muttaq̣eena laḥusna maʹaab.

    މިއީ (ދުނިޔޭގައި) އެބޭކަލުންނަށްވާ ރިވެތިވެގެންވާ ޒިކުރެވެ. ހަނދާންކޮށްދިނުމެވެ. އަދި ހަމަކަށަވަރުން تَقْوَىވެރިންނަށް އެނބުރިދާރަނގަޅުތަން ވެއެވެ.

  291. 38:50

    جَنَّـٰتِ عَدْنٍ مُّفَتَّحَةً لَّهُمُ ٱلْأَبْوَٰبُ

    Jannaati ʻAdnim mufattaḥatal lahumul ʹabwaab;

    އެއީ ޤާއިމުވެތިބޭ ބަގީޗާތަކެވެ. ސުވަރުގެ ތަކެވެ. އެބޭކަލުންނަށްޓަކައި އެތާގެ ދޮރުތައް ހުޅުވިގެންވެއެވެ. ނުވަތަ މަލާއިކަތްބޭކަލުން ހުޅުވައިދެއްވާނެއެވެ.

  292. 38:51

    مُتَّكِـِٔينَ فِيهَا يَدْعُونَ فِيهَا بِفَـٰكِهَةٍ كَثِيرَةٍ وَشَرَابٍ

    Muttakiʹeena feehaa yadʻoona feehaa bifaakihatiñ kas̤eeratiñw washaraab;

    އަދި އެބޭކަލުން އެތާގެ ސޯފާތަކުގައި ލެގިލައިގެން ތިއްބަވާނެއެވެ. އެތާތިއްބަވައިގެން އެކިބާވަތުގެ ގިނަމޭވާތަކަށާއި ގިނަ ބުއިންތަކަށް ވިދާޅުވާނެއެވެ.

  293. 38:52

    ۞ وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ أَتْرَابٌ

    Wa-ʻiñdahum q̣aaṣiratuṭ ṭarfi ʹatraab.

    އަދި އެބޭކަލުންގެއަރިހުގައި ފިރިންނާއި ދިމާއަށް ކަޅިހުއްޓުވައިގެންތިބޭ އެއް ޢުމުރެއްގެ ނުވަތަ ރީތިކަމުގެގޮތުން އެއްފެންވަރެއްގެ ޗާލު حُورَ العِيْن އަނބީން ތިއްބަވާނެއެވެ.

  294. 38:53

    هَـٰذَا مَا تُوعَدُونَ لِيَوْمِ ٱلْحِسَابِ

    Haaẓaa maa- tooʻadoona li-Yawmil Ḥisaab!

    ،(54) އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ހަމަކަށަވަރުން މިނިއުމަތަކީ ހިސާބު ބައްލަވާދުވަހު ތިޔަބައިމީހުންނަށްދެއުމަށް ވަޢުދުކުރެވިގެންވާ ތިމަންރަސްކަލާނގެ ނިޢުމަތެވެ. ރިޒުޤެއެވެ. އެޔަށްހުސްވުމެއް ނުވެއެވެ. / ނިމުމެއްނެތެވެ.

  295. 38:54

    إِنَّ هَـٰذَا لَرِزْقُنَا مَا لَهُۥ مِن نَّفَادٍ

    ʹInna haaẓaa la-Rizq̣unaa maa- lahoo min nafaad.

    ،(54) އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ހަމަކަށަވަރުން މިނިއުމަތަކީ ހިސާބު ބައްލަވާދުވަހު ތިޔަބައިމީހުންނަށްދެއުމަށް ވަޢުދުކުރެވިގެންވާ ތިމަންރަސްކަލާނގެ ނިޢުމަތެވެ. ރިޒުޤެއެވެ. އެޔަށްހުސްވުމެއް ނުވެއެވެ. / ނިމުމެއްނެތެވެ.

  296. 38:55

    هَـٰذَا ۚ وَإِنَّ لِلطَّـٰغِينَ لَشَرَّ مَـَٔابٍ

    Haaẓaa! Wa-ʹinna liṭṭaag̣eena lasharra maʹaab!―

    تَقْوَىވެރިންނާ މެދުކަންތައްހުރީ އެފަދައިންނެވެ. އިސްވެދިޔަފަދައިންނެވެ. އަދި ހަމަކަށަވަރުން ނުކިޔަމަންތެރިންނަށް ހުރީ އެނބުރިދިއުމަށް އެންމެނުބައިތަނެވެ.

  297. 38:56

    جَهَنَّمَ يَصْلَوْنَهَا فَبِئْسَ ٱلْمِهَادُ

    Jahannama Yaṣlawnahaa fabiʹsal mihaad!

    އެއީ ނަރަކައެވެ. އެމީހުން އެތާއަދާނެއެވެ. / ފިހެވޭނެއެވެ. އެއީވާ ނުބައި ތަންމައްޗެކެވެ.

  298. 38:57

    هَـٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ

    Haaẓaa falyaẓooq̣oohu ḥameemuñw wag̣assaaq̣!

    މި عَذَابُ ފަހެ އެމީހުންއޭގެރަހަ ލިބިގަންނާށެވެ. އެއީ ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެނާއި ނަރަކަވަންތަވެރިންގެ ގައިންފައިބާ ލެޔާއި ދޮހާއި އަދިފާދިޔައެވެ.

  299. 38:58

    وَءَاخَرُ مِن شَكْلِهِۦٓ أَزْوَٰجٌ

    Wa-ʹaakharu miñ shakliheee ʹazwaaj!

    އަދި އެބާވަތުގެ އެހެނިހެން ޢަޒާބުތަކެވެ. އެއީ އެތައްބާވަތެކެވެ.

  300. 38:59

    هَـٰذَا فَوْجٌ مُّقْتَحِمٌ مَّعَكُمْ ۖ لَا مَرْحَبًۢا بِهِمْ ۚ إِنَّهُمْ صَالُوا۟ ٱلنَّارِ

    Haaẓaa fawjum muq̣taḥimum maʻakum! Laa- marḥabam bihim! ʹInnahum ṣaalun Naar!

    (ނަރަކަވަންތަވެރީންގެ ބަޔަކު ނަރަކައަށް އަޅައިލެވިއްޖެއްޔާ ނަރަކައިގެ ޒަބާނިއްޔަ މަލާއިކަތްބޭކަލުން ކުށްވެރިންގެ ބޮޑެތިމީހުންނަށް ވިދާޅުވާނެއެވެ.) މިއަލަށް ގެނެވުނުމީހުންމިއީ ކަލޭމެންނާއިއެކު ނަރަކައިގާވާނޭބައެކެވެ. އެމީހުންނަކަށް އެއްވެސް އުފާވެރިކަމެއްނެތެވެ. މަރުޙަބާއެއްނެތެވެ. ހަމަކަށަވަރުން އެމީހުން ނަރަކައަށް ވަންނާނެއެވެ. އެތާއަދާނެއެވެ.

  301. 38:60

    قَالُوا۟ بَلْ أَنتُمْ لَا مَرْحَبًۢا بِكُمْ ۖ أَنتُمْ قَدَّمْتُمُوهُ لَنَا ۖ فَبِئْسَ ٱلْقَرَارُ

    Q̣aaloo bal ʹañtum! Laa- marḥabam bikum! ʹAñtum q̣addamtumoohu lanaa! Fabiʹsal q̣araar!

    އެމީހުން އެބަހީ (ފަހުން ގެންދެވުނު ދެރަމީހުން ބޮޑަތިމީހުންނަށް) ބުނާނެއެވެ. "އަދި ކިއެއްހެއްޔެ؟ ކަލޭމެންނަކަށް އެއްވެސް މަރުޙަބާއެއް އަދި އުފާވެރިކަމެއްނެތެވެ. އަހުރެމެން މިތަނަށްވެއްދީ ކަލޭމެންނެވެ. އަހުރެމެން މިތަނަށް ވަންނަންޖެހުނީ ކަލޭމެންގެ ސަބަބުންނެވެ." އެއީ ޤަރާރުވެތިބުން ނުބައިވެގެންވާތަނެކެވެ.

  302. 38:61

    قَالُوا۟ رَبَّنَا مَن قَدَّمَ لَنَا هَـٰذَا فَزِدْهُ عَذَابًا ضِعْفًا فِى ٱلنَّارِ

    Q̣aaloo Rabbanaa mañ q̣addama lanaa haaẓaa fazidhu ʻAẓaabañ ḍiʻfañ fin Naar!

    އެމީހުން (އެބަހީ ނަރަކައަށްވަތް ދަށުފަންތީގެމީހުން) ދަންނަވާނެއެވެ. "އޭ އަޅަމެންގެ رَبُّ އެވެ! އަޅަމެން މިތަނަށްވެއްދިމީހާ ދަންނައެވެ. ފަހެ އޭނާއަށް ނަރަކައިގާ އެތައްގުނައެއްގެ عَذَابُ ގިނަ ކޮށްދެއްވާށެވެ!"

  303. 38:62

    وَقَالُوا۟ مَا لَنَا لَا نَرَىٰ رِجَالًا كُنَّا نَعُدُّهُم مِّنَ ٱلْأَشْرَارِ

    Waq̣aaloo maa- lanaa laa- naraa rijaalañ kunnaa naʻudduhum minal ʹashraar?

    އަދިއެމީހުން ބުނާނެއެވެ. (އެބަހީ ނަރަކަވަންތަވެރިންގެ ބޮޑެތިމީހުން ބުނާނެއެވެ.) "އަހުރެމެން އެމީހުންނަކީ ނުބައިމީހުން ކަމުގައި ހިމަނައި އުޅުނުމީހުން އަހުރެމެންނަށް ނުފެންނަނީ ކީއްވެގެންބާވައެވެ؟ (އެމީހުންގެ މިބަހުން ގަސްދުކުރެވެނީ މުއުމިނުންކުރެ ދެރަ ފަޤީރުންނެވެ.)

  304. 38:63

    أَتَّخَذْنَـٰهُمْ سِخْرِيًّا أَمْ زَاغَتْ عَنْهُمُ ٱلْأَبْصَـٰرُ

    ʹAttakhaẓnaahum sikhriyyan ʹam zaag̣at ʻanhumul ʹabṣaar?

    (ދުނިޔޭގައި) އަހުރެމެން އެމީހުންނަށް މަލާމާތްކޮށް ހެދީމެވެ. ނުވަތަ އެމީހުންގެފަރާތުން ކަހައިލައިގެން (އަހުރެމެންގެ) ލޯތައް ދިޔާހެއްޔެވެ؟

  305. 38:64

    إِنَّ ذَٰلِكَ لَحَقٌّ تَخَاصُمُ أَهْلِ ٱلنَّارِ

    ʹInna ẓaalika laḥaq̣q̣uñ takhaaṣumu ʹAhlin Naar!

    ހަމަކަށަވަރުން އިސްވެދިޔަފަދައިން (ނަރަކަވަންތަވެރިންގެ މެދުގައިވާ) ނަރަކައިގެ އަހުލުވެރިންގެ އަރައިރުންތަކާއި ވާހަކަތައްއެއީ حَقُّ ވާހަކަތަކެކެވެ.

  306. 38:65

    قُلْ إِنَّمَآ أَنَا۠ مُنذِرٌ ۖ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ

    Q̣ul ʹInnamaaa ʹana Muñẓir: wa-maa min ʹilaahin ʹillal laahul Waaḥidul Q̣ahhaar,―

    (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުވާކަން ކަށަވަރީ އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައެވެ. (އެއީ ނުކިޔަމަންތެރިންނަށް ﷲ ގެ عَذَابُ އާއި ކޯފާހުރިކަމުގެ އިންޒާރެވެ. އެކަމާ މެދު ބިރުގެންނެވުމެވެ.) އަދި ﷲ މެނުވީ އަޅުކަން އެފަރާތަކަށް ވެވުން حَقُّ އެއްވެސް إلَه އަކުނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ ގަދަފަދަވަންތަ ކަލާނގެއެވެ.

  307. 38:66

    رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلْعَزِيزُ ٱلْغَفَّـٰرُ

    Rabbus samaawaati wal-ʹarḍi wa-maa baynahumal ʻAzeezul G̣affaar.

    އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތި ހައްދަވައި ބަލަހައްޓަވާ އެތަކެތީގެ رَبُّ އެވެ. އެއީ ގަދަފަދަ ވަންތަ އަދި ގިނަގިނައިން ފާފަ ފުއްސަވާ ކަލާނގެއެވެ.

  308. 38:67

    قُلْ هُوَ نَبَؤٌا۟ عَظِيمٌ

    Q̣ul huwa Nabaʹun ʻAz̤̣eem,

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު މިއަންގަވާ عَذَابُ ގެ ވާހަކައާއި تَوْحِيْد ގެ خَبَرُ ތަކަކީ ބޮޑުވެގެންވާ خَبَرُ ތަކެކެވެ. އެއީކުޑައެއްޗެއްކަމުގައި ނުބަލާށެވެ.

  309. 38:68

    أَنتُمْ عَنْهُ مُعْرِضُونَ

    ʹAñtum ʻanhu muʻriḍoon!

    އެ خَبَرُ ތަކާމެދު ކަނޑައެޅިގެން ކަލޭމެން ތިޔަވަނީ ޤަބޫލުނުކޮށް ފުރަގަސްދީގެންނެވެ.

  310. 38:69

    مَا كَانَ لِىَ مِنْ عِلْمٍۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ

    Maa- kaana liya min ʻilmim bil-malaʹil ʹaʻlaaa ʹiẓ yakhtaṣimoon.

    އަދި މާތްވެގެންވާ مَلإ الأَعْلَى ގައި މަލާއިކަތްބޭކަލުން (އާދަމުގެ ފާނުންގެ ކަންތަކާއިމެދު) ބަސްފުޅު ތަފާތު ވީހިނދު (ތިމަންކަލޭގެފާނަށް وَحِي ބާވާތްލެއްވުމުގެކުރިން) އެއްވެސް خَبَرُ އެއް ތިމަންކަލޭގެފާނަށް އެގިވަޑައިނުގަންނަވައެވެ.

  311. 38:70

    إِن يُوحَىٰٓ إِلَىَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٌ مُّبِينٌ

    ʹIñy yooḥaaa ʹilayya ʹillaaa ʹannamaaa ʹana Naẓeerum mubeen.

    ތިމަންކަލޭގެފާނީ ކަނޑައެޅި ބަޔާންވެގެންވާ ނަޒީރަކު ކަމުގައިމެނުވީ ނުވެއެވެ. ތިމަންކަލޭގެފާނަށް وَحِي އިއްވެވިގެންވަނީ އެފަދައިންނެވެ.

  312. 38:71

    إِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى خَـٰلِقٌۢ بَشَرًا مِّن طِينٍ

    ʹIẓ q̣aala Rabbuka lilmalaaaʹikati ʹinnee khaaliq̣um basharam miñ ṭeen.

    (އޭ رَسُولُ الله އެވެ!) = މަލާއިކަތްބޭކަލުންނަށް ކަލޭގެފާނުންގެ ربَ وَحِي ކުރެއްވި ހިނދު ހަނދުމަފުޅު ކުރައްވާށެވެ. އެކަލާނގެ وَحِي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ މަށީން އާދަމުގެ ދަރިއަކު ހައްދަވާނެ ކަލަކީމެވެ.

  313. 38:72

    فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَـٰجِدِينَ

    Faʹiẓaa sawwaytuhoo wa-nafakhtu feehi mir Rooḥee faq̣aʻoo lahoo saajideen.

    ފަހެ ތިމަންރަސްކަލާނގެ އެހެއްދެވުން ފުރިހަމަކުރައްވައި ބަރާބަރު ކުރައްވައިފިއްޔާ އަދިއެހަށިކޮޅަށް ތިމަންރަސްކަލާނގެ ތިމަންރަސްކަލާނގެ رُوْحُ ން ފުމެލައްވައިފިއްޔާ ތިޔަބޭކަލުން އެކަލޭގެފާނަށްޓަކައި (ސަލާލުގެ) ސަޖިދަކުރައްވާ ޙާލު ތިރިވެވަޑައި ގަންނަވާށެވެ. ސަޖިދަ ކުރައްވާށެވެ.

  314. 38:73

    فَسَجَدَ ٱلْمَلَـٰٓئِكَةُ كُلُّهُمْ أَجْمَعُونَ

    Fasajadal malaaaʹikatu kulluhum ʹajmaʻoon:

    (ދެން ފަހެ އެކަލާނގެ އެކަލޭގެފާނު ހައްދަވައި ފުރިހަމަކުރެއްވުމަށްފަހު) އިބުލީސުމެނުވީ އެއެންމެހައި މަލާއިކަތް ބޭކަލުން ސަޖިދަކުރައްވައިފިއެވެ.

  315. 38:74

    إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَـٰفِرِينَ

    ʹIllaaa ʹIblees; ʹistakbara wa-kaana minal kaafireen.

    އެއިބުލީސު ސަޖިދަނުކުރިއެވެ. އޭނާބޮޑާވެގެންފިއެވެ. އަދި އޭނާވީ ކާފަރުންގެ ތެރެއިންނެވެ.

  316. 38:75

    قَالَ يَـٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ

    Q̣aala YaaaʹIbleesu maa- manaʻaka ʹañ tasjuda limaa khalaq̣tu biyadayy? ʹAs-takbarta ʹam kuñta min alʻaaleen?

    الله تَعَالَى އޭނާއަށް وَحِي ކުރެއްވިއެވެ. "އޭ އިބުލީސުއެވެ. ތިމަންރަސްކަލާނގެ ދެއަތްޕުޅުން ހެއްދެވި مَخْلُوقُ އަކަށް ސަޖިދަ ކުރަން އެންގީމާ (آدَم عَلَيْهِ السلام އަށްސަޖިދަކުރަންއެންގީމާ) ކަލޭއެސަޖިދަކުރުމުން މަނާކުރީ ކޮން ކަމެއްހެއްޔެވެ؟ ސަޖިދަ ނުކުރީ ކީއްވެހެއްޔެވެ؟ ކަލޭ ބޮޑާވެ ކިބުރުވެރިވީހެއްޔެވެ؟ ކަލެއަކީ މާމަތީމީހުންގެތެރެއިންވާ މީހަކަށްވީހެއްޔެވެ؟ (ނުވަތަމީގެކުރީގައި ކަލޭވީ ބޮޑާމީހަކު ކަމުގައި ހެއްޔެވެ؟"

  317. 38:76

    قَالَ أَنَا۠ خَيْرٌ مِّنْهُ ۖ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ

    Q̣aala ʹana khayrum minh: khalaq̣tanee min naariñw wakhalaq̣tahoo miñ ṭeen.

    އެސޮރުދެންނެވިއެވެ."މިއަޅާއޭނައަށްވުރެ (އާދަމުގެފާނަށްވުރެ) މާހެޔޮވެގެންވެއެވެ. އިބަރަސްކަލާނގެ މިއަޅާ ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އޭނާ ހެއްދެވީ މަށީންނެވެ. (آدَم عَلَيْهِ السلام) ހެއްދެވީ މަށިންނެވެ."

  318. 38:77

    قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ

    Q̣aala fakhruj minha faʹinnaka rajeem.

    الله تَعَالَى އޭނާއަށް وَحِي ކުރެއްވިއެވެ. އޭ އިބުލީސުއެވެ. ފަހެކަލޭ އެތަނުން ނުކުންނާށެވެ. ސުވަރުގެއިން ނުކުންނާށެވެ. ހަމަކަށަވަރުން ކަލެއަކީ ރަޖީމެވެ. އެބަހީ ހެޔޮކަމުން ދުރުވެގެންވާމީހެކެވެ. ނުވަތަ ތަރިންޖެހެވި ރަޖަމު ކުރެވޭނެމީހެކެވެ.

  319. 38:78

    وَإِنَّ عَلَيْكَ لَعْنَتِىٓ إِلَىٰ يَوْمِ ٱلدِّينِ

    Wa-ʹinna ʻalayka laʻnateee ʹilaa Yawmid Deen.

    އަދި ހަމަކަށަވަރުން ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭގެމައްޗަށް ތިމަންރަސްކަލާނގެ لَعْنَة ހުއްޓެވެ.

  320. 38:79

    قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ

    Q̣aala Rabbi faʹañz̤̣irneee ʹilaa Yawmi yubʻas̤oon.

    އެސޮރުދެންނެވިއެވެ. "އޭއަޅުގެ رَبّ އެވެ. (مَحْشَرُ އަށް) ފޮނުވޭދުވަހާއި ހަމައަށް މިއަޅާއަށް ތަންވަޅު ދެއްވާދެވެ. މުހުލަތު ދެއްވާދޭވެ. ނުމަރުއްވާދޭވެ".

  321. 38:80

    قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ

    Q̣aala faʹinnaka minal muñz̤̣areen―

    ،(81) އެކަލާނގެ وَحِي ކުރެއްވިއެވެ. "ހަމަކަށަވަރުން ކަނޑައެޅި އެގިގެންވާ ދުވަހާއި ހަމައަށް ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭވަނީ މުހުލަތު ދެވިގެންވާމީހުންގެތެރެއިންނެވެ".

  322. 38:81

    إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ

    ʹIlaa Yawmil Waq̣til Maʻloom.

    ،(81) އެކަލާނގެ وَحِي ކުރެއްވިއެވެ. "ހަމަކަށަވަރުން ކަނޑައެޅި އެގިގެންވާ ދުވަހާއި ހަމައަށް ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭވަނީ މުހުލަތު ދެވިގެންވާމީހުންގެތެރެއިންނެވެ".

  323. 38:82

    قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ

    Q̣aala fabiʻIzzatika laʹug̣wiyannahum ʹajmaʻeen.―

    އެސޮރުދެންނެވިއެވެ." އޭއަޅުގެ رَبُّ އެވެ. އިބަރަސްކަލާނގެ عِزَّة ވަންތަކަން ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން އެ އެހުރިހާ މީހުން މަގުފުރައްދާ ހުށީމެވެ.

  324. 38:83

    إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ

    ʹIlaa ʻIbaadaka minhumul mukhlaṣeen.

    އެމީހުންކުރެ އިބަރަސްކަލާނގެ إخْلآص ތެރި އަޅުންމެނުވީ އެވެ".

  325. 38:84

    قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ

    Q̣aala falhaq̣q̣u walḥaq̣q̣a ʹaq̣ool―

    އެކަލާނގެ وَحِي ކުރެއްވިއެވެ. "ފަހެ ތިމަންރަސްކަލާނގެ حَضْرَةُ ންވާ حَقُّ އެކެވެ. = އަދި ތިމަންރަސްކަލާނގެ މި وَحِي ކުރައްވަނީ حَقُّ ބަސްފުޅެވެ.

  326. 38:85

    لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ

    Laʹamlaʹanna Jahannama miñka wa-mimmañ tabiʻaka minhum ʹajmaʻeen.

    ހަމަކަށަވަރުން ނަރަކަ ފުރައިލާހުށީ ކަލޭގެ ކިބައިންނާއި އަދި އެމީހުންގެތެރެއިން ކަލެއާއި ތަބާވީބަޔަކު އަޅައިގެންނެވެ. (މިއީ حَقُّ ބަސްފުޅެވެ.) "

  327. 38:86

    قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ وَمَآ أَنَا۠ مِنَ ٱلْمُتَكَلِّفِينَ

    Q̣ul maaa ʹasʹalukum ʻalayhi min ʹajriñw Wamaaa ʹana minal mutakallifeen.

    (އޭ رَسُولُ الله އެވެ!) ކަލޭގެފާ ވިދާޅުވާށެވެ. ކަލޭމެންގެ ކިބައިން އެކަމުގެމައްޗަށް (އެބަހީ ރަސޫލުކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ނޭދެމެވެ. އަދި އަމިއްލައަށް ބަސްއުފައްދާ ދޮގުތައްހަދާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. (އަދި قُرْآن އެއީ އަހުރެން އުފައްދައިގަތް އެއްޗެއްނޫނެވެ.)

  328. 38:87

    إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ

    ʹIn huwa ʹillaa Ẓikrul lilʻaalameen.

    އެ قُرْآن އެއީ عَالَم ތަކަށްވާ وَعْظُ نَصِيْحَة އެއްކަމުގައިމެނުވީ ނުވެއެވެ.

  329. 38:88

    وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ

    Wa-lataʻlamunna nabaʹahoo baʻda ḥeen.

    (އޭ އެންމެހައި މީސްތަކުންނޭވެ.) އަދިހަމަކަށަވަރުން ކުޑަ މުއްދަތަކަށްފަހު އެ قُرْآن ގެ خَبَرُ - ކަލޭމެންނަށް އެގިދާނެއެވެ. (އެއީ އިސްލާދީން ކުރިއަރައި رَسُولُ الله ﷺ ގެ ކަންތައްމަތިވެރިވެކާމިޔާބު ވުމުންނެވެ. ނުވަތަ ކަލޭމެންމަރުވުމުންނެވެ. وَالله أعلم.

  330. Surah Az-ZumarBegins here at 39:1

  331. 39:1

    تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ

    Tañzeelul Kitaabi minal laahil ʻAzeezil Ḥakeem.

    މި قُرْآن ބާވާތްލެއްވުންވަނީ ގަދަކީރިތިވަންތަ حِكْمَة ވަންތަ ﷲ ގެ حَضْرَةُ ންނެވެ. (މިއީ އެކަލާނގެ ބާވައިލެއްވުމެކެވެ.)

  332. 39:2

    إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ فَٱعْبُدِ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ

    ʹInnaaa ʹañzalnaaa ʹilaykal Kitaaba bil-Ḥaq̣q̣i faʻbudil laaha mukhliṣal lahud deen.

    (އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް މި ފޮތް ބާވައިލެއްވީ ހަމަ ޙައްޤު ތެދު ގޮތުގައެވެ. އަދި އެފޮތުގައިވަނީ ހައްތަހާވެސް ޙައްޤު ތެދެވެ. ފަހެ ﷲ އަށް އަޅުކަން ޚާލިސްކޮށްގެންވާ ޙާލު (އެންމެހައި شِرْك އާއި ބިދުޢައިން ހުސްވެގެންވާ ޙާލު) ﷲ އަށް އަޅުކަން ކުރައްވާށެވެ.

  333. 39:3

    أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَـٰذِبٌ كَفَّارٌ

    ʹAlaa lillaahid deenul khaaliṣ? Wallaẓeenat takhaẓoo miñ dooniheee ʹawliyaaaʹ. Maa- naʻbuduhum ʹillaa liyuq̣arriboonaaa ʹilal laahi zulfaa. ʹInnal laaha yaḥkumu baynahum fee maa- hum feehi yakhtalifoon. ʹInnal laaha laa- yahdee man huwa kaaẓibuñ kaffaar.

    އަދި ދަންނާށެވެ. އިޚްލާސްތެރިވެގެންވާ އަޅުކަން ޚާއްސަ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ﷲ ފިޔަވައި وَلِيُّ ންތައް ހިފައި އިޚްތިޔާރުކުރާ މީހުން- އެބަހީ ބުދުތަކަށް އަޅުކަންކުރާމީހުން ބުނެއެވެ. "ﷲ އަށް ކުއްތަންވުމަށް މެނުވީ އަހުރެމެން މިތަކެއްޗަށް އަޅުކަންނުކުރަމެވެ. (އެތަކެތި އަހުރެމެންނަށް شَفَاعَة ތެރިވާނެއެވެ.) " އަދި އެބައިމީހުންގެ މެދުގައި إِخْتِلاف ވެ ދެބަސްވާ ކަންކަމާއިމެދު قِيَامَة ދުވަހުން ﷲ ޙުކުމްކުރައްވާނެއެވެ. (އެހެނީ ކޮންމެ ދީނެއްގެ ބަޔަކުވެސް ބުނަނީ އެބަޔަކު އެތިބީ ޙައްޤުގައި ކަމަށެވެ. އަދި ދޮގުހަދާ އަދި ކާފަރުވާމީހަކަށް ﷲ ތެދުމަގު ނުދައްކަވާނެކަންކަށަވަރެވެ. (ބުދުތައް ﷲ އަށް ކުއްތަން ކޮށްދޭނެކަމަށް ހީކޮށްގެން ބުދުއެއީ إله ންކަމުގައި ބަލައިފި މީހަކަށް ތެދުމަގުނުދައްކަވާނެއެވެ.

  334. 39:4

    لَّوْ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدًا لَّٱصْطَفَىٰ مِمَّا يَخْلُقُ مَا يَشَآءُ ۚ سُبْحَـٰنَهُۥ ۖ هُوَ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ

    Law ʹaaraadal laahu ʹañy yattakhiẓa waladal laṣṭafaa mimmaa yakhluq̣u maa- yashaaaʹu Subḥaanah! Huwal laahul Waaḥidul Q̣ahhaar.

    ދަރިކަލަކު ހިއްޕެވުމަށް ﷲ އެދިވޮޑިގެންނެވިނަމަ އެކަލާނގެ ހައްދަވާ مَخْلُوق ންގެ ތެރެއި އެދިވޮޑިގަންނަވާ مَخْلُوق އަކު ހިއްޕަވައިފީހެވެ. އެކަލާނގެ ހުސް طَاهِرُ ވަންތައެވެ. އެއްގޮތަކަށްވެސް (އެކަލާނގެ ދަރިކަލަކަށް ބޭނުންވެވޮޑިގެންނުވެއެވެ. ﷲ ފިޔަވައި مَخْلُوق އަކުމެނުވީ މައުޖޫދުވެގެންވުމަކީ އެކަށީގެންވާކަމެއްނޫނެވެ. އަދި مَخْلُوق އަކު خَالِقُ ވަންތަ ﷲ ގެދަރިކަލަކަށްވުން صَحَّ ވެގެން ނުވެއެވެ.) އެކަލާނގެއީ އަޅުތަކުންގެމައްޗަށް ގަދަފަދަވަންތަވެ ވޮޑިގެންވާ ﷲ އެވެ.

  335. 39:5

    خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ يُكَوِّرُ ٱلَّيْلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيْلِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۗ أَلَا هُوَ ٱلْعَزِيزُ ٱلْغَفَّـٰرُ

    Khalaq̣as samaawaati wal-ʹarḍa bilḥaq̣q̣: yukawwirul layla ʻalan nahaari wa-yukawwirun nahaara ʻalal layli wa-sakhkharash shamsa walq̣amar: kulluñy yajree liʹajalim musammaa. ʹAlaa Huwal ʻAzeezul G̣affaar.

    އުޑުތަކާއިބިން حَقُّ ގޮތުގައި ހެއްދެވީ އެކަލާނގެއެވެ. އަދި ދުވާލުގެ މައްޗަށް ރޭގަޑުވައްދަވައި އަދިރިކުރައްވައި އަދި ރޭގަޑުގެމައްޗަށް ދުވާލު ވައްދަވައި އަލިކުރައްވަނީ ވެސް ހަމައެކަލާނގެއެވެ. އަދި އިރާއި ހަނދު ކިޔަމަންކުރެއްވީވެސް ހަމައެކަލާނގެއެވެ. އެއިންކޮންމެ އެއްޗެއްވެސް އެއަށްކަނޑައެޅިފައިވާ ފަލަކުގައި ކަނޑައެޅި عَيَّن ވެގެންވާ މުއްދަތަކަށް ދައުރުކޮށްކޮށްހުރެއެވެ. (އެއީ ދުނިޔެނިމޭދެނެވެ.) ކަލޭމެންދަންނާށެވެ. عِزَّة ވަންތަވެވޮޑިގެންވާ ގިނަގިނައިން ފާފަ ފުއްސަވާ ކަލަކީ ހަމަ އެއީއެވެ.

  336. 39:6

    خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنَ ٱلْأَنْعَـٰمِ ثَمَـٰنِيَةَ أَزْوَٰجٍ ۚ يَخْلُقُكُمْ فِى بُطُونِ أُمَّهَـٰتِكُمْ خَلْقًا مِّنۢ بَعْدِ خَلْقٍ فِى ظُلُمَـٰتٍ ثَلَـٰثٍ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ

    Khalaq̣akum min nafsiñw waaḥidatiñ s̤umma jaʻala minhaa zawjahaa wa-ʹañzala lakum minal ʹanʻaami s̤amaaniyata ʹazwaaj: yakhluq̣ukum fee buṭooni ʹummahaatikum khalaq̣am mim baʻdi khalq̣iñ fee ẓulumaatiñ s̤alaas̤. Ẓaalikumul laahu Rabbukum lahul mulk. Laaa ʹilaaha ʹillaa Hoo. Faʹannaa tuṣrafoon?

    އެންމެނަފުސަކުން އެކަލާނގެ ކަލޭމެން ހެއްދެވިއެވެ. (އެއީ އާދަމުގެފާނުންގެ ނަފުސުފުޅުންނެވެ.) ދެން އެނަފުސުގެ އަނބިކަނބަލުންވެސް (حَوَّى ގެފާނުވެސް) އެކަލާނގެ އެނަފުސުން ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެނަށްޓަކައި نَعَمُ ސޫފީގެތެރެއިން އަށްޖޯޑުހެއްދެވިއެވެ. (އެއީ ޖަމަލުގެ ދެއެތި ގެރީގެދެއެތި ضَأْنُ ބަކަރީގެ ދެއެތި مَعْزُ ބަކަރީގެ ދެއެތި) މީގެވާހަކަ أَنْعَامُ ސޫރަތުގައި ބަޔާންވެގެންވާނެއެވެ. އަދި ކަލޭމެންގެ މައިންގެ ބަނޑުތަކުގައި އެއްހެއްދެވުމަކަށްފަހު އަނެއްހެއްދެވުމަކުން އެކަލާނގެ ކަލޭމެން ހައްދަވައެވެ. (އެއީ ފުރަތަމަ މަނިތިއްކަކުންނެވެ. ދެންގަޑުލެއިކޮޅަކުން ދެން މަސްކޮޅަކުން ދެންކަށިކޮޅަކުން ދެން.....) ތިން އަދިރިކަމެއްގައި އެކަލާނގެ ކަލޭމެން ހައްދަވައެވެ. (އެއީ ބަނޑުގެ އަދިރިކަމާއި رَحِمُ ގެއަދިރިކަމާއި އަދި މަހުގެ އަދިރިކަމެވެ.) މިކަންތައްތައް މިގޮތަށް ހައްދަވަމުންމިގެންދަވަނީ ކަލޭމެންގެ رَبُّ ކަމުގައިވާ ﷲ އެވެ. އަދި (ދުނިޔެއާއި آخِرَةُ ގައިވެސް) އެންމެހައިތަކެތި މިލްކުވެ خَاصَّ ވެގެންވަނީ ހަމައެކަލާނގެއަށެވެ. އެކަލާނގެ މެނުވީ އެހެން އެއްވެސް (حَقُّ) އިލާހަކުނުވެއެވެ. ކަލޭމެން (އެކަލާނގެ ފިޔަވައި) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟ އެބަހީ އެކަލާނގެ ނޫންފަރާތަކަށް އަޅުކަންކުރުން ކަލޭމެންނަށް حَقُّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ ކޮންދަލީލެއްގެމައްޗަށްހެއްޔެވެ؟ އެއްވެސްދަލީލެއްނެތެވެ.

  337. 39:7

    إِن تَكْفُرُوا۟ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ ٱلْكُفْرَ ۖ وَإِن تَشْكُرُوا۟ يَرْضَهُ لَكُمْ ۗ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ

    ʹIñ takfuroo faʹinnal laaha G̣aniyyun ʻañkum: wa-laa yarḍaa liʻibaadihil kufr: wa-ʹiñ tashkuroo yarḍahu lakum. Wa-laa taziru waaziratuñw wizra ʹukhraa. S̤umma ʹilaa Rabbikum Marjiʻukum fayunabbiʹukum̃ bimaa kuñtum taʻmaloon. ʹInnahoo ʻAleemum biẓaatiṣ ṣudoor.

    ކަލޭމެން ކާފަރުވިޔަސް (އޭގެ އެއްވެސް ގެއްލުމެއް ﷲ އަކަށް ނުލިބޭނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ. ކަލޭމެންގެ ފަރާތުން އެއްވެސް ކަމެއް ބޭނުންވެވޮޑިގެންނުވެއެވެ. އަދި އެކަމަކު އެކަލާނގެ އަޅުތަކުންނަށްޓަކައި ކާފަރުކަމެއް އެކަލާނގެ ރުހިވޮޑިގެންނުވެއެވެ. އަދި ޝުކުރު ކުރަންޏާ އެކަލާނގެ ކަލޭމެންނަށް ރުހިވޮޑިގެންވެއެވެ. (އެއީ އެކަމުގައި ކަލޭމެންގެ ބާއްޖަވެރިކަންވާތީއެވެ.) އަދި ފާފައިގެބަރު އުފުލާ އެއްވެސް މީހަކު އަނެއްމީހެއްގެ ފާފައިގެބަރު ނުއުފުލާނެއެވެ. (ކޮންމެ މީހަކަށްވެސް އޮންނާނީ އެމީހެއްގެ ބަރެވެ.) ދެންކަލޭމެން މަރުވުމަށްފަހު ކަލޭމެން ރުޖޫޢަވުންވަނީ ﷲ ގެ حضرة އަށެވެ. އެއީ ކަލޭމެންގެ ربّ އެވެ. އަދި ކަލޭމެން ދުނިޔޭގައިތިބެގެން ކުރަމުން ދިޔަކަމުގައި ވީ އެންމެހައި ކަންކަމުގެ ޚަބަރު އެކަލާނގެ ކަލޭމެންނަށް ދެއްވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގެ އަޑީގައިވާ ކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.

  338. 39:8

    ۞ وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِۦ ۚ قُلْ تَمَتَّعْ بِكُفْرِكَ قَلِيلًا ۖ إِنَّكَ مِنْ أَصْحَـٰبِ ٱلنَّارِ

    Wa-ʹiẓaa massal ʹiñsaana ḍurruñ daʻaa Rabbahoo muneeban ʹilayhi s̤umma ʹiẓaa khawwalahoo niʻmatam minhu nasiya maa- kaana yadʻooo ʹilayhi miñ q̣ablu wa-jaʻala lillaahi ʹañdaadal liyuḍilla ʻañ Sabeelih. Q̣ul tamattaʻ bikufrika q̣aleelan ʹinnaka min ʹAṣḥaabin Naar!

    އަދި އިންސާނާއަށް (ބަލިކަމުން - ނުވަތަ ފަޤީރުކަމުން - ނުވަތަ ބިރުވެރިކަމުން - އަދި ނުވަތަ އެއްވެސް ގޮތަކުން) އުނދަލެއް، ގެއްލުމެއްދިމާވެއްޖެއްޔާއި އެކަލާނގެ حضرة އަށް تَوْبَة ވެ رُجُوْع ވާ ޙާލު އެކަލާނގެއަށް ދުޢާކޮށް އެކަމެއްފިއްލަވައިތޯ ދަންނަވާނެއެވެ. ދެންފަހެ އެކަލާނގެ حضرة އަށް އޭނާއަށް ނިޢުމަތެއްދެއްވައި ހެވެއް މިލްކު ވެއްޖެއްޔާ އެކަމަކަށްޓަކައި އެކަލާނގެއަށް ދުޢާކޮށް އާދޭސް ކުރިކަންތައް ހަނދާން ނެތިދެއެވެ. އަދި އެކިބާވަތުގެ شَرِيك ންތައް ﷲ އާއި އެއްވަރުކޮށް ހަދާނެއެވެ. އެއީ ﷲ ގެ މަގުން މީސްތަކުން އަނބުރާލައި تَوْحِيد ން އެއްކިބާކޮށް މަގުފުރެއްދުމައްޓަކައެވެ. (އޭ رسول الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭގެކާފަރުކަމުގައި ކުޑަދުވަސްކޮޅެއްވާދެން އަރާމުކޮށްލާށެވެ. ހަމަކަށަވަރުން ކަލެއަކީ ނަރަކައިގެ އެކުވެރިއެކެވެ. (އެބަހީ އެފަދަ ކަންތައްކުރާ މީހުންނަކީ توبة ނުވެ މަރުވެއްޖެނަމަ ނަރަކަވަންތަ ވެރިންނެވެ.)

  339. 39:9

    أَمَّنْ هُوَ قَـٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْـَٔاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ

    ʹAmman huwa q̣aanitun ʹaanaaaʹal layli saajidañw waq̣aaaʹimañy yaḥẓarul ʹAakhirata wa-yarjoo Raḥmata Rabbih? Q̣ul hal yastawil laẓeena yaʻlamoona wallaẓeena la yaʻlamoon? ʹInnamaa yataẓakkaru ʹulul ʹalbaab.

    (އިސްވެދިޔަފަދަ ކާފަރުމީހާއާއި) ރޭގަޑުގެ ވަގުތު ތަކުގައި آخرة އަށް ބިރުންނާއި އަދި އޭނާ ހައްދަވައި ބޮޑުކުރެއްވި ربّ رحمة އަށް އެދިގެންނާއިއެކު ނަމާދުކޮށް سجدة ކޮށް قيام ގައި ހުންނަމީހާއާއި ދެމީހުން އެއްވަރުވާނޭހެއްޔެވެ؟ ރަނގަޅީ ފަހެ ކާކު ހެއްޔެވެ؟ ދަންނަ މިހުންނާއި އަދި ނުދަންނަމީހުން (عالم ންނާއި جاهلން) އެއްވަރުވާނޭހެއްޔެވެ؟ (ނުވާނެއެވެ.) نصيحة އާއި وعظ ލިބިގަންނަކަން ކަށަވަރީ ބުއްދިވެރި ވިސްނުންތެރިންނެވެ.

  340. 39:10

    قُلْ يَـٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا۟ فِى هَـٰذِهِ ٱلدُّنْيَا حَسَنَةٌ ۗ وَأَرْضُ ٱللَّهِ وَٰسِعَةٌ ۗ إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ

    Q̣ul yaa-ʻibaadil laẓeena ʹaamanut taq̣oo Rabbakum. Lillaẓeena ʹaḥsanoo fee haaẓihid dunyaa ḥasanah. Wa-ʹarḍul laahi waasiʻah! ʹInnamaa yuwaffaṣ ṣaabiroona ʹajrahum̃ big̣ayri ḥisaab!

    (އޭ رسول الله އެވެ!) އީމާންވީ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! "ކަލޭމެން ކަލޭމެންގެ ربّ އަށް تقوى ވެރިވެ ބިރުވެތިވާށެވެ. (އަދި ތިމަންރަސްކަލާގެ މިއެންގެވުންވެސް އެމީހުންނަށް އަންގަވާށެވެ.) މިދުނިޔޭގައި އަޅުކަމުގައި إحسان ތެރިވެ ރަނގަޅަށް ކިޔަމަންވެގެން އުޅުނު އަޅުންނަށް قيامة ދުވަހުން ހުރީ ސުވަރުގެއެވެ. އަދި ﷲ ގެ ބިންގަނޑު ނުހަނު ތަނަވަހެވެ. (مشرك ންގެ އުދަގުލާހެދި ﷲ އަށް އަޅުކަން ނުކުރެވެންޏާ - إخلاص ތެރިކަމާއިއެކު ﷲ އަށް އަޅުކަން ކުރެވޭތާކަށް ދާހުށިކަމެވެ.) އަދި ހަމަކަށަވަރުން އެއްވެސް حساب އެއްނެތި ކެތްތެރީންނަށް އެކަމުގެ އުޖޫރަޔާއި ދަރުމަ ދެއްވޭ ހުއްޓެވެ."

  341. 39:11

    قُلْ إِنِّىٓ أُمِرْتُ أَنْ أَعْبُدَ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ

    Q̣ul ʹinneee ʹumirtu ʹan ʹaʻbudal laaha mukhliṣal lahud deen;

    (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! "ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ (شِرْك އާއި بِدْعَ ނުލައި) ހަމަ إِخْلاَص ތެރިކަމާއިއެކު ﷲ އަށް އަޅުކަންކުރުމަށެވެ. އެކަލާނގެއަށް އަޅުކަން خَلاَص ކޮށްގެންނެވެ.

  342. 39:12

    وَأُمِرْتُ لِأَنْ أَكُونَ أَوَّلَ ٱلْمُسْلِمِينَ

    Wa-ʹumirtu liʹan ʹakoona ʹawwalal Muslimeen.

    އަދި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ (މިއުންމަތުގެ) އެންމެ ފުރަތަމަ مُسْلِم އަކު ކަމުގައި ވުމަށެވެ. (އެއީ ފުރަތަމަ مُسْلِم އެވެ.) "

  343. 39:13

    قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ

    Q̣ul ʹinneee ʹakhaafu ʹin ʻaṣaytu Rabbee ʻaẓaaba Yawmin ʻaz̤̣eem.

    (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އަހުރެން ބިރުގަންނަނީ އަހުރެންގެ رَبُّ އަށް އުރެދެވިއްޖެއްޔާ ބޮޑުވެގެންވާ عَذاب އަކަށެވެ. އެއީ قِيَامَة ދުވަހެވެ.

  344. 39:14

    قُلِ ٱللَّهَ أَعْبُدُ مُخْلِصًا لَّهُۥ دِينِى

    Q̣ulil laaha ʹaʻbudu mukhliṣal lahoo deenee:

    (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އަހުރެން އަޅުކަންކުރާނީ ހަމަ ﷲ އަށެވެ. އެއީ އަހުރެންގެ އަޅުކަން އެކަލާނގެއަށް خَلاَص ކޮށްގެންވާ ޙާލުގައެވެ. އެއްވެސް شِرْك އެއް رِبَا އެއްނުލައެވެ.) "

  345. 39:15

    فَٱعْبُدُوا۟ مَا شِئْتُم مِّن دُونِهِۦ ۗ قُلْ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَا ذَٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ

    Faʻbudoo maa- shiʹtum miñ doonih. Q̣ul ʹinnal khaasireenal laẓeena khasirooo ʹañfusahum wa-ʹahleehim Yawmal Q̣iyaamah: ʹalaa ẓaalika huwal khusraanul mubeen!

    (އޭ كَافِر ންނާއި مُشْرِك ންނޭވެ!) ﷲ ފިޔަވައި ކަލޭމެން އެކައްޗަކަށް އަޅުކަންކުރަންބޭނުމިއްޔާ ކަލޭމެން އެދޭއެއްޗަކަށް އަޅުކަންކޮށްބަލާށެވެ. (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އެންމެ ބޮޑަށް ގެއްލުމާއި ހަލާކު ވާމީހުންނަކީ قِيَامَة ދުވަހުން ތިމާމެންގެ އަމިއްލަ ނަފުސުތަށް ނަގައިލައި ގެއްލުންކޮށް އަދި ތިމާގެ އަހުލު ވެރިންވެސް ގެއްލުވާ ނަގައިލާ މީހުންނެވެ. ދަންނާށެވެ. ބޮޑުވެގެންވާ ގެއްލި ހަލާކުވުމަކީ އެއީއެވެ."

  346. 39:16

    لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ ٱلنَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥ ۚ يَـٰعِبَادِ فَٱتَّقُونِ

    Lahum miñ fawq̣ihim z̤̣ulalum minañ Naari wa-miñ taḥtihim z̤̣ulal. Ẓaalika yukhawwiful laahu bihee ʻIbaadah: yaa-ʻIbaadi fattaq̣oon.

    އެމީހުންނަށް قِيَامَة ދުވަހުން ހުރީ އެމީހުންގެ ބޯމަތިން ނަރަކައިގެ އަނދިރި ގަނޑެކެވެ. (އެއީ ނަރަކައިގެ މަތީ ފަންގިފިލައިގެ ހިޔަންޏެވެ.) އަދި އެމީހުންގެ ދަށުންވެސް ވަނީ އަނދިރިގަނޑެކެވެ. އެއީ ދަށުގެ ފަންގިފިލާއެކެވެ. (ހައްތަހާވެސް ހޫނާ عَذاب އެވެ.) އެއަނދިރިޔާއި އެ عَذاب އަކީ ﷲ އެކަލާނގެ މުއުމިނު އަޅުތަކުން އެއިން ބިރުގަންނުވާއެއްޗެކެވެ. (އެއީ އެމީހުންގެ ކިޔަމަންތެރިކަމާއި އަޅުކަން ގަދަކުރެއްވުމަށެވެ.) އޭ މުއުމިނު އަޅުތަކުންނޭވެ. ކަލޭމެން ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ.

  347. 39:17

    وَٱلَّذِينَ ٱجْتَنَبُوا۟ ٱلطَّـٰغُوتَ أَن يَعْبُدُوهَا وَأَنَابُوٓا۟ إِلَى ٱللَّهِ لَهُمُ ٱلْبُشْرَىٰ ۚ فَبَشِّرْ عِبَادِ

    Wallaẓeenaj tanabuṭ Ṭaag̣oota ʹañy yaʻbudoohaa wa-ʹanaabooo ʹilal laahi lahumul Bushraa: fabashshir ʻIbaad,―

    އަދި طَاغُوْت އަށް އަޅުކަންކުރުމުން ދުރުވެގަނެ (އެބަހީ ބުދުތަކާއި ދެންވެސް ﷲ ފިޔަވައި އަޅުކަން ވެވޭ ތަކެއްޗަށް އަޅުކަންކުރުމުން ދުރުވެގަނެ) އަދި ﷲގެ حَضْرَةُ އަށް رُجُوعَ ވެތައުބާވެ إِخْلآص ތެރިކަމާއި އެކު އެކަލާނގެއަށް އަޅުކަންކުރިމީހުންދަންނައެވެ. އުފާވެރިކަންހުރީ އެމީހުންނަށެވެ. އޭ رَسُولُ الله އެވެ! އެފަދަމުއުމިނުންނަށް އުފާވެރިކަންހުރިކަމުގެ ޚަބަރު ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!

  348. 39:18

    ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥٓ ۚ أُو۟لَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ وَأُو۟لَـٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَـٰبِ

    ʹAllaẓeena yastamiʻoonal Q̣awla fayattabiʻoona ʹaḥsanah: ʹulaaaʹikal laẓeena hadaahumul laahu wa-ʹulaaaʹika hum ʹulul ʹalbaab.

    އެމީހުންނަކީ ބުނުންތަކާއި ބަސްތައްއަހައި އޭގެތެރެއިން ރަނގަޅު حَقُّ ބަސް ޤަބޫލުކޮށް އެޔާއި تَبَعَ ވާމީހުންނެވެ. އަދިއެމީހުންނަކީ އެމީހުންނަށް ﷲ ތެދުމަގުދެއްކެވިމީހުންނެވެ. އަދި ބުއްދިވެރި ވިސްނުންތެރިންނަކީ އެއީއެވެ.

  349. 39:19

    أَفَمَنْ حَقَّ عَلَيْهِ كَلِمَةُ ٱلْعَذَابِ أَفَأَنتَ تُنقِذُ مَن فِى ٱلنَّارِ

    ʹAfaman ḥaq̣q̣a ʻalayhi kalimatul ʻAẓaab? ʹA-faʹañta tuñq̣iẓu mañ fin Naar?

    ﷲ ގެ قَضَا قَدَرُ ގައި އެމީހުންގެމައްޗަށް عَذَابُ ގެ ބަސްފުޅު ކަނޑައެޅިގެންވީމީހަކު ކަލޭގެފާނަށް އެމީހަކު ނަރަކައިން ސަލާމަތްކުރެވޭނެތޯއެވެ؟ (ނުކުރެވޭނެއެވެ.)

  350. 39:20

    لَـٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ غُرَفٌ مِّن فَوْقِهَا غُرَفٌ مَّبْنِيَّةٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ ٱلْمِيعَادَ

    Laakinil laẓeenat taq̣aw Rabbahum lahum g̣urafum miñ fawq̣ihaa g̣urafum mabniyyatuñ tajree miñ taḥtihal ʹanhaar; Waʻdal laah: laa- yukhliful laahul meeʻaad.

    އެހެންނަމަވެސް އެމީހަކު އެމީހެއްގެ رَبُّ އަށް تَقْوَى ވެރިވެ ބިރުވެތިވެއްޖެ މީހާއަށް ޤިޔާމަތްދުވަހުން ހުރީ ސުވަރުގޭގެ ކޮޓަރިތަކެވެ. އަދި އޭގެމަތީގައިވެސްވަނީ ބިނާވެގެންވާކޮޓަރިތަކެވެ. އަދި އެތަންތާގެދަށުން އާރުތައް ހިގަހިގައެވެ. އެއީ ﷲގެ وَعْدُ ފުޅެވެ. އަދި الله تَعَالَى އެކަލާނގެ وَعْدُ ފުޅާއި خِلآفُ ވެވޮޑިނުގަންނަވާނެއެވެ.

  351. 39:21

    أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَلَكَهُۥ يَنَـٰبِيعَ فِى ٱلْأَرْضِ ثُمَّ يُخْرِجُ بِهِۦ زَرْعًا مُّخْتَلِفًا أَلْوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّا ثُمَّ يَجْعَلُهُۥ حُطَـٰمًا ۚ إِنَّ فِى ذَٰلِكَ لَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ

    ʹAlam tara ʹannal laaha ʹañzala minas samaaaʹi maaaʹañ fasalakahoo yanaabeeʻa fil ʹarḍi s̤umma yukhriju bihee zarʻam mukhtalifan ʹalwaanuhoo s̤umma yaheeju fataraahu muṣfarrañ s̤umma yajʻaluhoo ḥuṭaamaa. ʹInna fee ẓaalika la-Ẓikraa liʹulil ʹalbaab.

    ހަމަކަށަވަރުން ﷲ تَعَالَي އުޑުން ފެން ބާވައި ލައްވާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަންތޯއެވެ. އެކަމަށް ވިސްނާ ވަޑައިނުގަންނަވަންތޯއެވެ. ދެން ފަހެ އެފެން ބިމުގެ އަޑިޔަށް ވަދެގެންގޮސް ފެންފެންގަނޑަށްވެގެން ބިމުގެ އަޑީގައި ދުވެއެވެ. ދެން އެފެނުގެސަބަބުން އެކިއެކިކުލަކުލައިގެ ގަސްތަކާއި ދަނޑުތައްނުކުމެއެވެ. ދެން (ދުވަސްކޮޅަކުން) އެގަސްތައްހިކި ދޮންވެއެވެ. ދެން ކުދިކުދިވެ ހަލާކުވެފައިވާ އެއްޗެހިތަކަކަށް އެކަލާނގެ އެގަސްތަށް ލައްވައެވެ. ހަމަކަށަވަރުން އެކަންކަމުގައި ބުއްދިވެރި ވިސްނުންތެރިންނަށް وَعْظ نَصِيْحَة ވެއެވެ.

  352. 39:22

    أَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَـٰمِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِۦ ۚ فَوَيْلٌ لِّلْقَـٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍ مُّبِينٍ

    ʹAfamañ sharaḥal laahu ṣadrahoo lil-ʹIslaami fahuwa ʻalaa Noorim mir Rabbih? Fawaylul lilq̣aasiyati q̣uloobuhum miñ ẓikril laah! ʹulaaaʹika fee ḍalaalim mubeen!

    އިސްލާމް ދީނަށް ﷲ އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އަދި އެމީހާ އެމީހާގެ رَبُّ ގެ حَضْرَة ންވާ ނޫރެއްގެ މަތީގައިވާ މީހާއާއި އެމީހާގެ ހިތް ހަރުކަށިވެ ޖާހިލުކަމާއި މަގުފުރެދުމުގެ އަނދިރީގައި ވާމީހާއާއި ދެމީހުން ފަހެ އެއްވަރުވާނޭހެއްޔެވެ. (އެއްވަރުނުވާނެކަން ކަށަވަރެވެ.) ފަހެ ﷲ ގެ ذِكْر ން މީހާގެ ހިތް ހުސްވެ ހިތްގަދަވެ ގާވެފައިވާ މީހުންދަންނައެވެ. އެމީހުން އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގެތެރޭގައެވެ.

  353. 39:23

    ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَـٰبًا مُّتَشَـٰبِهًا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ

    ʹAllaahu nazzala ʹaḥsanal Ḥadees̤i Kitaabam mutashaabiham mas̤aaniya taq̣shaʻirru minhu juloodul laẓeena yakhshawna Rabbahum; s̤umma taleenu julooduhum wa-q̣uloobuhum ʹilaa Ẓikril laah. Ẓaalika hudal laahi yahdee bihee mañy yashaaaʹ; wa-mañy yuḍlilil laahu famaa lahoo min haad.

    ﷲ އެންމެ ރަނގަޅު ވާހަކަ ބާވައިލެއްވިއެވެ. އެބަހީ އެންމެ ރަނގަޅު ފޮތް ކީރިތި قرآن ބާވައިލެއްވިއެވެ. އެފޮތުގެ އެއްބައި އަނެއްބަޔާއި އެއްވައްތަރު އަދި އެއްވާހަކައެއް ތަކުރާރު ކުރައްވައި ނުވަތަ އިދިކޮޅު ދެމާނަ ދޭގޮތަށް ބާވައިލެއްވިއެވެ. އަދި އެމީހުންގެ ربّ އަށް ބިރުވެތިވާ މީހުންގެ ހަން އެފޮތް އަހާފައި ތުރުތުރުއަޅުވައިލައި ނުވަތަ ހަމުން ހީބިހި ނަގައިގަނެއެވެ. ދެން އެމީހުންގެ ހަންތަކާއި ހިތްތައް ﷲ ގެ ذكر އަށް މައިތިރިވެމަޑުވެދެއެވެ. އެއީ ﷲ ގެ ތެދުމަގެވެ. އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެއިން ތެދުމަގު ދައްކަވައެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދައްކާނެ އެކަކުވެސް ނުހުންނާނެއެވެ.

  354. 39:24

    أَفَمَن يَتَّقِى بِوَجْهِهِۦ سُوٓءَ ٱلْعَذَابِ يَوْمَ ٱلْقِيَـٰمَةِ ۚ وَقِيلَ لِلظَّـٰلِمِينَ ذُوقُوا۟ مَا كُنتُمْ تَكْسِبُونَ

    ʹAfamañy yattaq̣ee biwajhihee soooʹal ʻaẓaabi Yawmal Q̣iyaamah? Wa-q̣eela liz̤̣z̤̣aalimeena ẓooq̣oo maa- kuñtum taksiboon!

    އަޅެފަހެ އެމީހާގެ މޫނާއިގެން عَذاب ގެ ނުބައި ކަމުން ރައްކާތެރިވެ ސަލާމަތްވެގެންފިމީހާ (ނުބައި ނުލަފާ އަދި މަގުފުރެދިފައިވާ މީހާއާއި) އެއްވަރުވާނެ ހެއްޔެވެ؟ (އެއްވަރުނުވާނެއެވެ.) އަދި އަނިޔާވެރިންނަށް ބުނެވޭނެއެވެ. "ކަލޭމެން ދުނިޔޭގައި ކުރަމުންދާ ކަމުގައި ވީކަންތަކުގެ ސަބަބުން ކަލޭމެން عَذاب ގެ ރަހަ ލިބިގަންނާށެވެ."

  355. 39:25

    كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ

    Kaẓẓabal laẓeena miñ q̣ablihim faʹataahumul ʻAẓaabu min ḥays̤u laa- yashʻuroon.

    އަދި މި (قريش ންގެ ކުރީގައި ތިބި) މީހުންވެސް އެމީހުންގެ ގާތަށް ވަޑައިގެންނެވި نبي ންނާއި رسول ންގެ ބަސްދޮގުކުރިއެވެ. ދެންފަހެ އޭގެ ސަބަބުން އެމީހުންނަށް إحساس ވެސް ނުވެތިއްބާ އެމީހުންގެ މައްޗަށް عَذاب އައެވެ.

  356. 39:26

    فَأَذَاقَهُمُ ٱللَّهُ ٱلْخِزْىَ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ

    Faʹaẓaaq̣ahumul laahul khizya fil ḥayaatid dunyaa wa-laʻAẓaabul ʹAakhirati ʹakbar. Law kaanoo yaʻlamoon!

    އަދި ދުނިޔޭގެ حياة ގައި ﷲ تعالى އެމީހުންނަށް ދެރަކަމާއި ނިކަމެތިކަމުގެ ރަހަ ދެއްކެވިއެވެ. (މި قُرَيْش ގެމީހުންވެސް ކާފަރުކަންމަތީ ދެމިތިބެއްޖެއްޔާ އެމީހުންނަށްވެސް އައިފަދަ عَذاب އަތުވެދާނެއެވެ. އަދި آخِرَة ދުވަހުގެ عَذاب މާގަދަވެފައި އަސަރުކުރުން ބޮޑުވާނެއެވެ.

  357. 39:27

    وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ لَّعَلَّهُمْ يَتَذَكَّرُونَ

    Wa-laq̣ad ḍarabnaa linnaasi fee haaẓal Q̣ur-ʹaani miñ kulli Mas̤alil laʻallahum yataẓakkaroon.

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ މީސްތަކުންނަށްޓަކައި މި قُرْآنُ ގައި ހުރިހާވައްތަރެއްގެ މިސާލު ޖައްސަވައިދެއްވީމެވެ. އެއީ އެމީހުން وَعْظُ نَصِيْحَة ލިބި عِبْرَة حَاصِلُ ކުރޭތޯއެވެ.

  358. 39:28

    قُرْءَانًا عَرَبِيًّا غَيْرَ ذِى عِوَجٍ لَّعَلَّهُمْ يَتَّقُونَ

    Q̣ur-ʹaanan ʻArabiyyan g̣ayra ẓee ʻiwajil laʻallahum yattaq̣oon.

    އަދިއެ قُرْآنُ އަކީ އެއްވެސް ގުދުކަމެއްނުވާ އަދި ސީދާ ޢަރަބި ބަހުންވާ ފޮތެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއީ އެމީހުން ތަޤްވާވެރިވެ ބިރުވެތިވޭތޯއެވެ.

  359. 39:29

    ضَرَبَ ٱللَّهُ مَثَلًا رَّجُلًا فِيهِ شُرَكَآءُ مُتَشَـٰكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

    Ḍarabal laahu Mas̤alar rajulañ feehi shurakaaaʹu mutashaakisoona wa-rajulañ salamal lirajul: Hal yastawiyaani mas̤alaa? ʹAl-Ḥamdu lillaah! Bal ʹaks̤aruhum laa- yaʻlamoon.

    ﷲ تعالى މިސާލެއްޖެއްސެވިއެވެ. އެއީ އަޅުމީހެއްގެމިސާލެވެ. އެމީހަކީ އެތަކެއް أَخْلآقُ އާއި ތަފާތު އެތައް خِيَال އެއްގެ ބަޔަކު ބައިވެރިވާ އެތައްބައެއްގެ އަޅެކެވެ. (އެއަޅުމީހާގާތު އޭނާގެ ސާހިބުންކުރެ އެކަކު "ކަލޭ ތެދުވާށޭބުނީމާ" އޭނާގެ އަނެއްސާހިބުމީހާ އެވަގުތުއޭނައަށްބުނީ "ކަލޭ އިށީންނާށެވެ". ދެންހުރިސާހިބުމީހާ އެއަޅުމީހާގާތުބުނީ "ކަލޭދާށޭ އަދި ދެންހުރިސާހިބުމީހާ ހަމައެގުތު އޭނާއަށްބުނީ ކަލޭ ހުއްޓޭށެވެ". ދެންމިހުރިހާ އަމުރެއް އެއްފަހަރާ އެކަކަށް ކުރިތިވީމާ ދެންއޭނާހަދާނީކިހިނަކުންހެއްޔެވެ؟ މިމީހާއާއި ސަލާމަތުންވާ އެންމެސާހިބެއްވާ އަޅަކާއިދެމީހުން އެއްވަރުވާނެހެއްޔެވެ؟ (އެއަޅުމީހާއަށް އަމުރުކުރާނޭ ދެވަނަސާހިބަކު ނުވެއެވެ.) އޭނާގެ ސާހިބުމީހާބުނިގޮތަކަށް އެއަޅުމީހައަށް ކަންތައްކުރެވިދާނެއެވެ. ހަމަމިގޮތަށް މިއެންމެހައި އަޅުތަކުންނަށް ކިތައްމެ އިލާހުންނެއްވާނަމަ އެއްއިލާހަކު އެއްއަމުރު އަނެއްއިލާހަކު އޭގެއިދިކޮޅު އަނެއްއަމުރެއް އަދި ދެންހުރިއިލާހަކު ކުރީގެދެއިލާހުންނާއި މުޅިންތަފާތު އަމުރެއް އެއްފަހަރާ އަޅުތަކުންނަށްކޮށްފިނަމަ ދެން އަޅުތަކުން ހަދާނީކިހިނަކުންބާވައެވެ؟ ދުނިޔޭގެ މިއޮއްބޮޑު ކާއިނާތުގައި ﷲ ފިޔަވައި ގިނަ އިލާހުންތަކެއްވާނަމަ ދުނިޔޭގެ نِظَام މުޅިން ފަސާދަވެ އެގޮތްމިގޮތްވެގެން ހިގައިދާނެ އެވެ. ވީމާ މިމިސާލުންވެސް ވަރަށްފުރިހަމަކޮށް އެނގެނީ ﷲ ނޫން އެހެން އިލާހުއަކު ނުވާކަމެވެ. އެންމެހައި حَمْدُ އާއި تِعْرِيْفُ އެއްހުރީ ހަމަﷲ އަށެވެ. ނަމަވެސް މީސްތަކުންކުރެ ގިނަމީހުންނަކަށްނޭގެއެވެ.

  360. 39:30

    إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ

    ʹInnaka mayyituñw waʹinnahum mayyitoon.

    (އޭ رَسُولُ الله އެވެ!). ހަމަކަށަވަރުން ކަލޭގެފާނަކީ އަވަހާރަވާނޭ ބޭކަލެކެވެ. އަދިއެމީހުނވެސް މަރުވާނެއެވެ.

  361. 39:31

    ثُمَّ إِنَّكُمْ يَوْمَ ٱلْقِيَـٰمَةِ عِندَ رَبِّكُمْ تَخْتَصِمُونَ

    S̤umma ʹinnakum Yawmal Q̣iyaamati ʻiñda Rabbikum takhtaṣimoon.

    ދެން ޤިޔާމަތްދުވަހުން ކަލޭމެންގެ رَبُّ ގެ حِضْرَةُ ގައި އަރައިރުންތައްވެ ކަލޭމެން ދެބަސްވާނެއެވެ. دَعْوَى ތައްކުރާނެއެވެ.