-
1
قَدْ أَفْلَحَ ٱلْمُؤْمِنُونَ
Q̣ad ʹaflaḥal muʹminoon,
ހަމަކަށަވަރުން مؤمن ން ކާމިޔާބުކޮށްފިއެވެ. ނަސީބުވެރިވެއްޖެއެވެ. އެއީ قيامة ދުވަހުންނެވެ.
-
2
ٱلَّذِينَ هُمْ فِى صَلَاتِهِمْ خَـٰشِعُونَ
ʹAllaẓeena hum fee Ṣalaatihim khaashiʻoon;
އެމީހުންނަކީ (އެބަހީ: މިބުނާ ކާމިޔާބު ކުރި مؤمن ންނަކީ) އެމީހުންގެ ނަމާދުގައި ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ.
-
3
وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ
Wallaẓeena hum ʻanil lag̣wi muʻriḍoon;
އަދި ކަނޑައެޅިގެން އެމީހުންނަކީ ބޭކާރު / ނުވަތަ بَاطِلُ ކަންކަމުން ނުވަތަ ﷲ އެކަލާނގެ خلق ތަކުންނާއިމެދު ރުހިވޮޑި ނުގަންނަވާ ކަންކަމުން ދުރުވެ އެނބުރިފުރަގަސްދޭމީހުންނެވެ.
-
4
وَٱلَّذِينَ هُمْ لِلزَّكَوٰةِ فَـٰعِلُونَ
Wallaẓeena hum liz-Zakaati faaʻiloon;
އަދި ހަމަ އެމީހުންނަކީ އެމީހުންގެ މުދަލުން ޒަކާތްދޭ މީހުންނެވެ.
-
5
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَـٰفِظُونَ
Wallaẓeena hum lifuroojihim ḥaafiz̤̣oon,
އަދި ހަމަ އެމީހުންނަކީ އެމީހުންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ.
-
6
إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَـٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
ʹIllaa ʻalaaa ʹazwaajihim ʹaw maa- malakat ʹaymaanuhum faʹinnahum g̣ayru maloomeen.
ހަމައެކަނި އެމީހުންގެ އަނބީންނާއި އެމީހުންގެ جَارِيَة އިންނަށް މެނުވީއެވެ. އެފަދަ މީހުންނަކީ މަލާމާތްލިބިގެންވާ މީހުންނެއްނޫނެވެ. އެބަހީ: حلال ގޮތުގައި އަނބިން ނުވަތަ އަޅުއަންހެނުން ބޭނުންކުރުން ހުއްދައެވެ.
-
7
فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْعَادُونَ
Famanib tag̣aa waraaaʹa ẓaalika faʹulaaaʹika humul ʻaadoon;
ފަހެ އޭގެ ފަހަތަށް އެދިގެންފިމީހާ (އެބަހީ: ތިމާގެ އަނބީންނަށާއި جَاريَة އިން ނޫން މީހުނަށް ތިމާގެ ލަދުގުނަވަން كشف ކޮށް ހާމަކޮށް ހަދާ އަރާމެއް ލިބިގެންފިމީހުން) ދަންނައެވެ. ފަހެ އެފަދަ މީހުންނަކީ ހައްދުފަހަނަޅައިފި ބައެކެވެ. ﷲ އެމީހުންނަށް ކަނޑައަޅުއްވާދެއްވި އިމުން ނުކުމެގެންވާ މީހުންނެވެ. ކުށްވެރިންނެވެ.
-
8
وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ
Wallaẓeena hum liʹamaanaatihim wa-ʻahdihim raaʻoon;
އަދި އެ مؤمن ންނަކީ އެމީހުންގެ އަމާނާތްތަކަށާއި وعد ތަކަށް ފަރުވާތެރިވެ އެކަންކަން ބަރާބަރަށް އަދާކުރާ މީހުންނެވެ.
-
9
وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ
wallaẓeena hum ʻalaa Ṣalawaatihim yuḥaafiz̤̣oon.
އަދި ހަމަ އެ مؤمن ންނަކީ އެމީހުންގެ ނަމާދުތަކުގެމައްޗަށް ރައްކާތެރިވާ މީހުންނެވެ. (އެބަހީ: އެމީހުންނަކީ އެމީހުންގެ فرض ނަމާދުތައް ބަރާބަރަށް ވަގުތުން ވަގުތަށް އެންގެވިފަދައަކުން އަދާކުރާ މީހުންނެވެ.)
-
10
أُو۟لَـٰٓئِكَ هُمُ ٱلْوَٰرِثُونَ
ʹUlaaaʹika humul waaris̤oon,
އެމީހުންނަކީ ވާރުތަކުރާނެ މީހުންނެވެ.
-
11
ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَـٰلِدُونَ
ʹAllaẓeena yaris̤oonal Firdaws: hum feehaa khaalidoon.
އެމީހުންނަކީ فِرْدَوْسُ އެވެ ކިޔުނު ސުވަރުގެ ވާރުތަކުރާނެ މީހުންނެވެ. އަދި އެމީހުންނަކީ އެތާގައި ދެމިތިބޭނޭ މީހުންނެވެ.
-
12
وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن سُلَـٰلَةٍ مِّن طِينٍ
Wa-laq̣ad khalaq̣nal ʹiñsaana miñ sulaalatim miñ ṭeen;
ހަމަކަށަވަރުން މަށީގެ ސާފު ފެންފޮދަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (މިއާޔަތުގައި މިނަންގަނެވިގެންވާ އިންސާނާއަކީ آدم عليه السّلام އެވެ. والله أعلم)
-
13
ثُمَّ جَعَلْنَـٰهُ نُطْفَةً فِى قَرَارٍ مَّكِينٍ
S̤umma jaʻalnaahu nuṭfatañ fee q̣araarim makeen;
ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ ދަރިފަސްކޮޅު نُطْفَة އަކުން يعني: މަނިފޮދުވަރަކުން ލެއްވީމެވެ. އެ نطفة ދެން ރައްކާތެރިތަނެއްގައި قرار ކުރެއްވީމެވެ. (އެއީ އަންހެނާގެ رَحِم އެވެ.)
-
14
ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَـٰمًا فَكَسَوْنَا ٱلْعِظَـٰمَ لَحْمًا ثُمَّ أَنشَأْنَـٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَـٰلِقِينَ
S̤umma khalaq̣nan nuṭfata ʻalaq̣atañ fakhalaq̣nal ʻalaq̣ata muḍg̣atañ fakhalaq̣nal muḍg̣ata ʻiz̤̣aamañ fakasawnal ʻiz̤̣aama laḥmaa; s̤umma ʹañshaʹnaahu khalq̣an ʹaakhar. Fatabaarakal laahu ʹAḥsanul khaaliq̣een!
ދެން ތިމަންރަސްކަލާނގެ އެމަނިފޮދު ގަނޑުލެއިކޮޅަކަށް ހެއްދެވީމެވެ. ދެން އެގަނޑު ލެއިކޮޅު ތިމަންރަސްކަލާނގެ މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެމަސްކޮޅު ތިމަންރަސްކަލާނގެ ކަށިކޮޅަކަށް ހެއްދެވީމެވެ. ދެން އެކަށިކޮޅުގައި ތިމަންރަސްކަލާނގެ މަސްލެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެއިންސާނާ އެހެން ހެއްދެވުމަކުން ހެއްދެވީމެވެ. (އެއީ އޭނާގެ ފުރާނައެޅުއްވުމާ حِسُّ ތައް ބަރާބަރުކުރެއްވުމާ ދެންވެސް ހުރި ކަންކަމެވެ. والله أعلم) ފަހެ ﷲ ގެ ބަރަކާތްވަންތަކަމުގެ ބޮޑުކަމާއެވެ! އެކަލާނގެއީ އެންމެ ރަނގަޅަށް އެންމެ ރީތިކޮށް އަދި އެންމެ ފުރިހަމަކޮށް ހައްދަވާ ކަލާނގެއެވެ. އެކަލާނގެ بركاة ވަންތަކަމާއެވެ!
-
15
ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ
S̤umma ʹinnakum baʻda ẓaalika lamayyitoon.
(އޭ އިންސާނުންނޭވެ!) ދެން ހަމަކަށަވަރުން ކަލޭމެން އޭގެފަހުގައި (އެބަހީ: ހައްދަވައި ދުނިޔޭގައި އުޅުމަށްފަހު) ކަނޑައެޅިގެން مَيّت ންކަމުގައިވާނެއެވެ. މަރުވާނެއެވެ.
-
16
ثُمَّ إِنَّكُمْ يَوْمَ ٱلْقِيَـٰمَةِ تُبْعَثُونَ
S̤umma ʹinnakum Yawmal Q̣iyaamati tubʻas̤oon.
ދެން ހަމަކަށަވަރުން ކަލޭމެން (މަރުވުމަށްފަހު) قيامة ދުވަހުން (އަލުން ދިރިގެން محشر އަށް) ފޮނުވޭހުއްޓެވެ. (އެއީ ކަށަވަރުކަމެކެވެ.)
-
17
وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآئِقَ وَمَا كُنَّا عَنِ ٱلْخَلْقِ غَـٰفِلِينَ
Wa-laq̣ad khalaq̣naa fawq̣akum sabʻa ṭaraaaʹiq̣a wa-maa kunnaa ʻanil khalq̣i g̣aafileen.
އަދި ހަމަކަށަވަރުން ކަލޭމެންގެ މަތީގައި މަތިމައްޗަށް ހަތްއުޑު ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އަދި خَلْقُ ތަކުން ފިޔަވައި غَافِلُ ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.
-
18
وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَسْكَنَّـٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍۭ بِهِۦ لَقَـٰدِرُونَ
Wa-ʹañzalnaa minas samaaaʹi maaaʹam biq̣adariñ faʹaskannaahu fil ʹarḍi wa-ʹInnaa ʻalaa ẓahaabim bihee la-Q̣aadiroon.
އަދި ވަކިމިންވަރަކަށް ތިމަންރަސްކަލާނގެ އުޑުން ފެންވެއްސަވަމުއެވެ. ދެން ތިމަންރަސްކަލާނގެ އެފެން ބިމުގައި ހިފަހައްޓަވައި خَزانَه ކުރައްވަމެވެ. އަދި އެފެން ބިމުން ގެންދަވައި ނެތިކުރެއްވުމަށްވެސް ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
19
فَأَنشَأْنَا لَكُم بِهِۦ جَنَّـٰتٍ مِّن نَّخِيلٍ وَأَعْنَـٰبٍ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ
Faʹañshaʹnaa lakum̃ bihee jannaatim min nakheeliñw waʹaʻnaab. Lakum feehaa fawaakihu kas̤eeratuñw waminhaa taʹkuloon,
އަދި އެފެނުން ތިމަންރަސްކަލާނގެ ކަލޭމެނަށްޓަކައި ކަދުރާއި މޭބިސްކަދުރުގެ ބަގީޗާތައް އުފެއްދެވީމެވެ. އަދި ކަލޭމެންނަށް އެބަގީޗާތަކުގައި ގިނަގުނަ މޭވާތައްވެއެވެ. އަދި ކަލޭމެން އެތަކެތިކައި ހަދަމުއެވެ.
-
20
وَشَجَرَةً تَخْرُجُ مِن طُورِ سَيْنَآءَ تَنۢبُتُ بِٱلدُّهْنِ وَصِبْغٍ لِّلْـَٔاكِلِينَ
Wa-shajaratañ takhruju miñ Ṭoori Saynaaaʹa tambutu bidduhni waṣibg̣illil ʹaa-kileen.
އަދި އެހެން ގަހެއް ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އެގަސް ނުކުންނަނީ طُوْرسِيْنَا އެވެ ކިޔޭ ފަރުބަދައިންނެވެ. އެގަހުން ތެޔޮނުކުމެއެވެ. ނުވަތަ ތެޔޮ ނެރެވެއެވެ. އަދި ކައިހަދާ މީހުންނަށްވާ ލައިގެންކާއެއްޗެއްކަމުގައި އޭތިވެއެވެ. (އެގަހަކީ زَيْتُون ގަސްކަމުގައިވެއެވެ. والله أعلم)
-
21
وَإِنَّ لَكُمْ فِى ٱلْأَنْعَـٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهَا وَلَكُمْ فِيهَا مَنَـٰفِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ
Wa-ʹinna lakum fil ʹanʻaami laʻibrah: nusq̣eekum mimmaa fee buṭoonihaa wa-lakum feehaa manaafiʻu kas̤eeratuñw waminhaa taʹkuloon;
އަދި نَعَم ސޫފީގައި ކަލޭމެންނަށް عبرة ވާކަންކަށަވަރެވެ. (އެބަހީ: އެތަކެތީގައި ވިސްނާ فكر ކޮށް عبرة حاصل ކުރާ މީހަކަށް ﷲ ގެ نعمة އާއި އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަން ދެނެގަންނާނެ عبرة އާއި دليل ވެއެވެ.) އަދި އެތަކެތީގެ ބަނޑުގައިވާތަކެތީގެތެރެއިން ކަލޭމެނަށް ބޯންދެއްވަމެވެ. (ކިރުބޯންދެއްވަމެވެ.) އަދި އެތަކެތީގައި ކަލޭމެނަށްވާ ގިނަގުނަ مَنْفَعَ ތައް ވެއެވެ. އަދި އެތަކެތީން ކަލޭމެން ކައިހަދަމުއެވެ. އޭގެ މަހާއި ސަރުބީ ކައިހަދަމުއެވެ.
-
22
وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ
Wa-ʻalayhaa wa-ʻalal fulki tuḥmaloon.
އަދި އެ نَعَم ސޫފީގެމަތީގައި އަދި މޫދުގައި ދުއްވާ އުޅަނދުފަހަރުގައި ކަލޭމެން އެއްތަނުން އަނެއްތަކަށް ގޮސްވަމުއެވެ. ދަތުރުފަތުރު ކުރަމެވެ. ތަކެތި އުފުލާ ހަދަމުއެވެ. އެއީ ހައްތާވެސް مَنْفَعَ އެވެ.
-
23
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ
Wa-laq̣ad. ʹarsalnaa Nooḥan ʹilaa q̣awmihee faq̣aala yaa q̣awmiʻbudul laaha maa- lakum min ʹilaahin g̣ayruh. ʹAfalaa tattaq̣oon?
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ نُوح عليه السّلام އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެކަލާނގެ ފިޔަވައި حقّ އެހެންއެއްވެސް إله އެއް ކަލޭމެނަށް ނުވެއެވެ. ކަލޭމެން ފަހެ تقوى ވެރިނުވާނެހެއްޔެވެ؟ ބިރުވެތިނުވާނެހެއްޔެވެ؟
-
24
فَقَالَ ٱلْمَلَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا هَـٰذَآ إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَآءَ ٱللَّهُ لَأَنزَلَ مَلَـٰٓئِكَةً مَّا سَمِعْنَا بِهَـٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ
Faq̣aalal malaʹul laẓeena kafaroo miñ q̣awmihee maa- haaẓaaa ʹillaa basharum mis̤lukum yureedu ʹañy yatafaḍḍala ʻalaykum: wa-law shaaaʹal laahu laʹañzala malaaaʹikah: maa- samiʻnaa bihaaẓaa feee ʹaabaaaʹinal ʹawwaleen.
ފަހެ އެކަލޭގެފާނުންގެ قوم ގެ ބޮޑުން (އެމީހުން އެމީހުންނަށް) ބުނެއެވެ. މިއީ ހަމަ ކަލޭމެންކަހަލަ آدم ގެ ދަރިއެކެވެ. އެކަލޭގެފާނު އެއެދިވަޑައިގަންނަވަނީ ކަލޭމެންގެ މައްޗަށް އެކަލޭގެފާނު މާތްވެގަންނާށެވެ. އަދި (رسول ބޭކަލަކު ފޮނުއްވުމަށް) ﷲ އެދިވޮޑިގެންނެވިނަމަ ހަމަކަށަވަރުން މަލާއިކަތްބޭކަލަކު ފޮނުއްވައިފީހެވެ. އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންގެ ކިބައިންވެސް އަހުރެމެން މިފަދަ ވާހަކައެއް ނާހަމެވެ. (އެބަހީ: ﷲ ނޫން إله އަކު ނުވެޔޭ ބުނާއަޑެއް ނާހަމެވެ.)
-
25
إِنْ هُوَ إِلَّا رَجُلٌۢ بِهِۦ جِنَّةٌ فَتَرَبَّصُوا۟ بِهِۦ حَتَّىٰ حِينٍ
ʹIn huwa ʹillaa rajulum bihee jinnatuñ fatarabbaṣoo bihee ḥattaa ḥeen.
ހަމަކަށަވަރުން އެކަލޭގެފާނަކީ އެކަލޭގެފާނުންގެ ކިބައިގައި ޖިންނިބަލި ނުވަތަ މޮޔަކަން ހުރި މީހަކުކަމުގައި މެނުވީ ނުވެއެވެ. ފަހެ ކަލޭމެން ދުވަސްކޮޅަކަށް އެކަލޭގެފާނުންގެ ކަންތަކާމެދު إنتظار ކުރާށެވެ! ވާގޮތެއް ބަލާށެވެ!
-
26
قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ
Q̣aala Rabbiñ ṣurnee bimaa kaẓẓaboon!
އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! އެބައިމީހުން (يعني: މިއަޅާގެ قوم ގެމީހުން) މިއަޅާ ދޮގުކުރާ ކަންކަމުގައި މިއަޅާއަށް نصر ދެއްވާންދޭވެ!
-
27
فَأَوْحَيْنَآ إِلَيْهِ أَنِ ٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ ۙ فَٱسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ مِنْهُمْ ۖ وَلَا تُخَـٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۖ إِنَّهُم مُّغْرَقُونَ
Faʹawḥaynaaa ʹilayhi ʹaniṣ naʻil Fulka biʹaʻyuninaa wa-waḥyinaa faʹiẓaa jaaaʹa ʹAmrunaa wa-faarat tannooru fasluk feehaa miñ kulliñ zawjaynis̤ nayni wa-ʹahlaka ʹillaa mañ sabaq̣a ʻalayhil Q̣awlu minhum: wa-laa tukhaaṭibnee fil laẓeena z̤̣alamoo; ʹinnahum mug̣raq̣oon.
ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި ތިމަންރަސްކަލާނގެ وحي އާއިއެކު ކަލޭގެފާނު ނައުކޮޅު ހައްދަވާށެވެ! އަދި ތިމަންރަސްކަލާނގެ أمر ފުޅުއައިސް (އެބަހީ: قوم ގެ ކާފަރުންގެ ހަލާކުގެ أمر ފުޅު އަތުވެއްޖެއްޔާއި - އަދި އުނދުންތަކުން ފެންއަރަން ފަށައިފިއްޔާ ދެން ކަލޭގެފާނު އެނާކޮޅަށް ކޮންމެ ވައްތަރަކުންވެސް ޖޯޑަކުން ޖޯޑަކުން ލައްވާށެވެ! އަދި ކަލޭގެފާނުންގެ أهل ވެރިންކުރެ އެމީހެއްގެމައްޗަށް (ހަލާކުވުމުގެ) ބަސްފުޅު އިސްވެގޮސްފައިވާ މީހުން ފިޔަވައި ކަލޭގެފާނުންގެ أهل ވެރިންވެސް އެނާކޮޅަށް ލައްވާށެވެ! (އަދި ކަލޭގެފާނުވެސް އަރާވަޑައިގަންނަވާށެވެ!) އަދި އަނިޔާވެރިންނާއިމެދު (އެބަހީ: އެމީހުންގެ حال އާއިމެދު) ތިމަންރަސްކަލާނގެއަށް އެއްޗެއް ނުދަންނަވާށެވެ! ހަމަކަށަވަރުން އެމީހުން އެއީ غرق ވެގެންވާ ބައެކެވެ.
-
28
فَإِذَا ٱسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى ٱلْفُلْكِ فَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى نَجَّىٰنَا مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ
Faʹiẓas tawayta ʹañta wa-mam maʻaka ʻalal Fulki faq̣ulil Ḥamdu lillaahil laẓee najjaanaa minal q̣awmiz̤̣ z̤̣aalimeen.
ދެންފަހެ ކަލޭގެފާނާއި އަދި ކަލޭގެފާނާއިއެކު (إيمان ވެގެންވާ) މީސްތަކުން އެނާކޮޅަށް އަރާ ހަމަޖެހިވަޑައިގެންފިއްޔާ ދެން ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެން އަނިޔާވެރި قوم ގެފަރާތުން ސަލާމަތްކުރެއްވި ކަލާނގެއެވެ.
-
29
وَقُل رَّبِّ أَنزِلْنِى مُنزَلًا مُّبَارَكًا وَأَنتَ خَيْرُ ٱلْمُنزِلِينَ
Wa-q̣ur Rabbi ʹañzilnee muñzalam mubaarakañw waʹAñta Khayrul Muñzileen.
އަދި ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ. بركاة ތެރިވެގެންވާ ތަނަކަށް މިއަޅާ ބާލުއްވާދެއްވާންދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އެންމެ ހެޔޮގޮތުގައި ބައިލުއްވާ ކަލާނގެއެވެ.
-
30
إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ وَإِن كُنَّا لَمُبْتَلِينَ
ʹInna fee ẓaalika laʹAayaatiñw waʹiñ kunnaa lamubtaleen.
(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: نوح عليه السّلام ގެ قوم ގެ ކާފަރުން ހަލާކުކުރައްވައި غرق ކުރެއްވުމުގައި ކަލޭގެފާނުންގެ قوم ގެ مشرك ންނަށް) ކަނޑައެޅި ބަޔާންވެގެންވާ عبرة އާއި دليل ވެއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވޮޑިގެންވަނީ މިމީހުން إمتحان ކުރައްވައި خبر ބައްލަވާ ކަލަކުކަމުގައެވެ.
-
31
ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ
S̤umma ʹañshaʹnaa mim baʻdihim q̣arnan ʹaakhareen.
ދެން ތިމަންރަސްކަލާނގެ އެމީހުންގެފަހުން އެހެން أمّة އެއް އުފެއްދެވީމެވެ.
-
32
فَأَرْسَلْنَا فِيهِمْ رَسُولًا مِّنْهُمْ أَنِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ
Faʹarsalnaa feehim rasoolam minhum ʹaniʻ budul laaha maa- lakum min ʹilaahin g̣ayruh. ʹAfalaa tattaq̣oon?
އަދި އެމީހުންގެ ތެރެއިން މީހަކު އެމީހުންގެތެރެއަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. (އެއީ އެބޭކަލަކު އެމީހުންނަށް ވިދާޅުވުމަށެވެ.) އޭ قوم ގެ މީހުންނޭވެ. ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކު ކަލޭމެންނަކަށް ނުވެއެވެ. (حقّ إله އަކު ނުވެއެވެ.) ކަލޭމެން ފަހެ تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟
-
33
وَقَالَ ٱلْمَلَأُ مِن قَوْمِهِ ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِلِقَآءِ ٱلْـَٔاخِرَةِ وَأَتْرَفْنَـٰهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا مَا هَـٰذَآ إِلَّا بَشَرٌ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ
Wa-q̣aalal malaʹu miñ q̣awmihil laẓeena kafaroo wa-kaẓẓaboo bi-Liq̣aaaʹil ʹAakhirati wa-ʹatrafnaahum fil ḥayaatid dunyaa maa- haaẓaaa ʹillaa basharum mis̤lukum yaʹkulu mimmaa taʹkuloona minhu wa-yashrabu mimmaa tashraboon.
އަދި އެކަލޭގެފާނުންގެ قوم ގެ آخرة އާއި ބައްދަލުވުން ދޮގުކުރި އަދި ކާފަރުވީ ބޮޑެތި ސަރުދާރުން ބުންޏެވެ. އަދި އެމީހުންނަކީ ދުނިޔޭގެ حياة ގައި އެމީހުންނަށް ގިނަގުނަ نعمة ތައްދެއްވި މީހުންނެވެ. އެމީހުން ބުންޏެވެ. މިބޭކަލަކީ (އެބަހީ: رسول ކަމާއިގެން ފޮނުއްވިއޭ ކިޔައިގެން މިއުޅޭމީހަކީ) ހަމަކަލޭމެންކަހަލަ آدم ގެދަރިއަކު ކަމުގައި މެނުވީ ނުވެއެވެ. އެކަލޭގެފާނު އެ ކަނީވެސް އެއެއްޗެއް ކަލޭމެންވެސް ހަމަކައިހަދާ ތަކެއްޗެވެ. އަދި ބޮނީވެސް ހަމަ ކަލޭމެން ބޯބާވަތުގެ ތަކެއްޗެވެ. (މިއީ ވަކިއާ މީހެއްނޫނެވެ.)
-
34
وَلَئِنْ أَطَعْتُم بَشَرًا مِّثْلَكُمْ إِنَّكُمْ إِذًا لَّخَـٰسِرُونَ
Wa-laʹin ʹaṭaʻtum̃ basharam mis̤lakum ʹinnakum ʹiẓal lakhaasiroon.
އަދި ކަލޭމެންކަހަލަ آدم ގެ ދަރިޔަކަށް ކަލޭމެން ކިޔަމަންވެއްޖެއްޔާއި އޭރުން ކަލޭމެންނަކީ ކަށަވަރުންވެސް ގެއްލި ހަލާކުވެއްޖެ ބައެކެވެ.
-
35
أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَـٰمًا أَنَّكُم مُّخْرَجُونَ
ʹA-yaʻidukum ʹannakum ʹiẓaa mittum wa-kuñtum turaabañw waʻiz̤̣aaman ʹannakum mukhrajoon?
ހަމަކަށަވަރުން ކަލޭމެން މަރުވެ ވެއްޔަށްވެ ކަށިތައްވެސް ފީވެދިއުމަށްފަހު ކަލޭމެން (އަލުން ދިރިގެން) ނެރެވޭނޭކަމަށް އެކަލޭގެފާނު ކަލޭމެނަށް وعد ކުރަނީހެއްޔެވެ؟
-
36
۞ هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ
Hayhaata hayhaata limaa tooʻadoon!
ކަލޭމެންނަށް وعد ވެވޭ ކަންތަކުގެ ހުރި ދުރުކަމާއެވެ. ދުރުކަމާއެވެ.
-
37
إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ
ʹIn hiya ʹillaa ḥayaatunad dunyaa namootu wa-naḥyaa wa-maa naḥnoo bimabʻoos̤een!
އަހުރެމެން މިއުޅޭ ދުނިޔޭގެ حياة މެނުވީ އެހެން حياة އެއް ނުވެއެވެ. އެ حياة ގެތެރޭގައި އެއްބަޔަކު މަރުވެ އަނެއްބަޔަކު ދިރެނީއެވެ. (އެއީ އެގޮތަށް ހަމަޖެހިފައިވާ ކަމެކެވެ.) އަދި އަހުރެމެންނަކީ އަލުން ދިރިގެން ފޮނުވޭނެ ބަޔަކު ކަމުގައި ނުވެއެވެ. (މިއީ އެ قوم ގައި ތިބި ކާފަރުންގެ މަތީމީހުން ދެރަނިކަމެތިންނަށް ވިސްނައިދޭ ވިސްނައިދިނުމެވެ. ކޮންމެ ޒަމާނެއްގައި އަދި ކޮންމެތާކުވެސް سَمَاوِي هِدَايَة އާއި ދުރުބަޔަކު ކަމުގައި ފެންނަނީ އެތަނެއްގައި ތިބޭ ކަމުވޮށިވެގެންވާ މަތީމީހުންނެވެ. ބަސްވިކޭ މީހުންނެވެ. އާދައިގެ ދެރަމީހުންމަގުން ނެއްޓިގެން ދިއުމުގެ އެންމެބޮޑު ސަބަބަކީ މިމަތީ މީހުންގެ ވާހަކަތަކާއި އެމީހުންގެ عمل ތަކާއި ފިއްތުންތަކެވެ.
-
38
إِنْ هُوَ إِلَّا رَجُلٌ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا وَمَا نَحْنُ لَهُۥ بِمُؤْمِنِينَ
ʹIn huwa ʹillaa rajulunif taraa ʻalal laahi kaẓibañw wamaa naḥnu lahoo bimuʹmineen!
(އަދި އެމީހުން ބުންޏެވެ.) އޭނާޔަކީ ﷲ ގެމައްޗަށް ދޮގެއް އަމިއްލައަށް ހަދައިގެންއުޅޭ މީހަކުކަމުގައި މެނުވީ ނުވެއެވެ. އަދި އަހުރެމެންނަކީ އެކަލޭގެފާނަށް އީމާންވެގެންވާ ބަޔަކު ކަމުގައި ނުވެއެވެ. (އަހުރެމެން އެކަލޭގެފާނަށް އީމާންނުވާނަމެވެ.)
-
39
قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ
Q̣aala Rabbiñ ṣurnee bimaa kaẓẓaboon.
އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ. އެމީހުން ދޮގުކުރިކަމުގެ ސަބަބުން މިއަޅާއަށް نصر ދެއްވާންދޭވެ.
-
40
قَالَ عَمَّا قَلِيلٍ لَّيُصْبِحُنَّ نَـٰدِمِينَ
Q̣aala ʻammaa q̣aleelil layuṣbiḥunna naadimeen!
އެކަލާނގެ وحي ކުރެއްވިއެވެ. ކުޑަދުވަސްކޮޅެއްގެތެރޭގައި ހިތާމަކުރާ ބަޔަކުކަމުގައި އެމީހުން ވެދާނެއެވެ.
-
41
فَأَخَذَتْهُمُ ٱلصَّيْحَةُ بِٱلْحَقِّ فَجَعَلْنَـٰهُمْ غُثَآءً ۚ فَبُعْدًا لِّلْقَوْمِ ٱلظَّـٰلِمِينَ
Faʹakhaẓathumuṣ Ṣayḥatu bilḥaq̣q̣i fajaʻalnaahum g̣us̤aaaʹaa! Fabuʻdal lilq̣awmiz̤̣ z̤̣aalimeen!
ފަހެ އެމީހުން ކާފަރުވުމުގެ ސަބަބުން އެމީހުންނަށް حقّ ގޮތުގައި އަޑުފަށް އައިސް އެމީހުން ހަލާކުވެދިޔައީއެވެ. ފަހެ ފެންމަތީގައި އޮޔާދާ ކުނިކޮޅުތަކެއްފަދައިން ތިމަންރަސްކަލާނގެ އެމީހުން ހަދައިލައިފީމެވެ. ފަހެ އަނިޔާވެރިންނަށް ﷲ ގެ رحمة ގެ ހުރި ދުރުކަމާއެވެ. (މިމީހުންނަކީ މިއީ صالح عليه السّلام ގެ قوم ކަމުގައިވެއެވެ.)
-
42
ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قُرُونًا ءَاخَرِينَ
S̤umma ʹañshaʹnaa mim baʻdihim q̣uroonan ʹaakhareen.
އެމީހުންގެފަހުން ދެން ތިމަންރަސްކަލާނގެ އެހެން أمّة ތަކެއް އުފެއްދެވީމެވެ.
-
43
مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ
Maa- tasbiq̣u min ʹummatin ʹajalahaa wa-maa yastaʹkhiroon.
އަދި އެއްވެސް أمّة އެއް އެ أمّة އަކަށް ކަނޑައެޅިފައިވާ އަޖަލު ހަމަނުވަނީސް ހަލާކު ނުވެއެވެ. އަދި އެ أمّة އެއް ހަލާކުވުމަށް ކަނޑައެޅިފައިވާ އަޖަލަށްވުރެ ފަސް ނުވެއެވެ. (އެބަހީ: ކޮންމެ أمّة އެއްވެސް ހަލާކުވަނީ އެ أمّة އެއް ހަލާކުވުމަށް ކަނޑައެޅިފައިވާ ވަގުތު އައުމުންނެވެ. އިސްނުވެއެވެ. ފަސްނުވެއެވެ.)
-
44
ثُمَّ أَرْسَلْنَا رُسُلَنَا تَتْرَا ۖ كُلَّ مَا جَآءَ أُمَّةً رَّسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُم بَعْضًا وَجَعَلْنَـٰهُمْ أَحَادِيثَ ۚ فَبُعْدًا لِّقَوْمٍ لَّا يُؤْمِنُونَ
S̤umma ʹarsalnaa rusulanaa tatraa. Kulla maa jaaaʹa ʹummatar rasooluhaa kaẓẓaboohu faʹatbaʻnaa baʻḍahum baʻḍañw wajaʹalnaahum ʹaḥaadees̤: fabuʻdal liq̣awmil laa yuʹminoon!
ދެން ވިދިވިދިގެން އެއް رسول އަކަށްފަހު އަނެއް رسول އަކު ވަޑައިގަންނަވާ ގޮތަށް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީމެވެ. ކޮންމެ أمّة އަކަށްވެސް އެ أمّة އެއްގެ رسول އަކު ވަޑައިގަތުމުން އެ أمّة އެއްގެމީހުން އެބޭކަލަކު ދޮގުކުރެއެވެ. ދެން ތިމަންރަސްކަލާނގެ އޭގެ އެއްބަޔަކު އަނެއްބަޔަކާ تبع ކުރެއްވީމެވެ. (އެބަހީ: އެއްބަޔަކު ހަލާކުކުރެއްވުމަށް ފަހު އަނެއްބަޔަކު ހަލާކުކުރެއްވީމެވެ.) އަދި ދެކެވޭ ވާހަކަތަކެއް ކަމުގައި ތިމަންރަސްކަލާނގެ އެމީހުން ލެއްވީމެވެ. އަދި إيمان ނުވާ ބަޔަކަށް ދުރުވެގެންވެއެވެ. (އެބަހީ: އީމާންނުވާ ބަޔަކަށް ﷲ ގެ رحمة ދުރުވެގެންވެއެވެ.)
-
45
ثُمَّ أَرْسَلْنَا مُوسَىٰ وَأَخَاهُ هَـٰرُونَ بِـَٔايَـٰتِنَا وَسُلْطَـٰنٍ مُّبِينٍ
S̤umma ʹarsalnaa Moosaa wa-ʹakhaahu Haaroona biʹAayaatinaa wa-sulṭaanim mubeen.
ދެން ތިމަންރަސްކަލާނގެ موسى عليه السّلام އާއި އެކަލޭގެފާނުންގެ أخ هارون عليه السّلام - ތިމަންރަސްކަލާނގެ އާޔަތްތަކާއި حجّة ތަކާއިއެކު رسول ކަމާއިގެން ފޮނުއްވީމެވެ.
-
46
إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا عَالِينَ
ʹIlaa Firʻawna wa-malaʹihee fastakbaroo wa-kaanoo q̣awman ʻaaleen.
އެއީ فرعون އާއި އޭނާގެ قوم ގެ ބޮޑުންގެ ގާތަށެވެ. ދެންފަހެ އެމީހުން ބޮޑާވެ ކިބުރުވެރިވެއްޖެއެވެ. އަދި އެމީހުންވީ (އަނިޔާވެރިކަމާއި ބޮޑާކަމުގައި) މާމަތީ ބަޔަކުކަމުގައެވެ.
-
47
فَقَالُوٓا۟ أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَـٰبِدُونَ
Faq̣aalooo ʹanuʹminu libasharayni mis̤linaa wa-q̣awmuhumaa lanaa ʻaabidoon?
އެމީހުން ބުންޏެވެ. އަހުރެމެންކަހަލަ ދެ آدم ގެދަރިންނަށް އަހުރެމެން إيمان ވާނޭހެއްޔެވެ؟ (އެބަހީ: އެދެމީހުންނަށް އަހުރެމެން إيمان ނުވާނަމެވެ.) އަދި އެދެމީހުންގެ قوم އެބަހީ: بني إسرائيل - ނިކަމެތިވެ ކިޔަމަންތެރިވެގެންވަނީ އަހުރެމެންނަށެވެ.
-
48
فَكَذَّبُوهُمَا فَكَانُوا۟ مِنَ ٱلْمُهْلَكِينَ
Fakaẓẓaboohumaa fakaanoo minal muhlakeen.
ފަހެ އެމީހުން އެދެބޭކަލުން ދޮގުކޮށްފިއެވެ. އަދި އެމީހުންވީ ހަލާކުވެވުނު މީހުންގެތެރެއިންނެވެ.
-
49
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ لَعَلَّهُمْ يَهْتَدُونَ
Wa-laq̣ad ʹaataynaa Moosal Kitaaba laʻallahum yahtadoon.
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް توراة ދެއްވީމެވެ. އެއީ އެބައިމީހުންނަށް އެބަހީ: بني إسرائيل އަށް ތެދުމަގު ލިބުމުގެ أمّيد ގައެވެ. ތެދުމަގު ލިބޭތޯއެވެ!
-
50
وَجَعَلْنَا ٱبْنَ مَرْيَمَ وَأُمَّهُۥٓ ءَايَةً وَءَاوَيْنَـٰهُمَآ إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ
Wa-jaʻalnab na Maryama wa-ʹummahooo ʹAayatañw Waʹaawaynaahumaaa ʹilaa rabwatiñ ẓaati q̣araariñw wamaʻeen.
އަދި مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام އާއި އެކަލޭގެފާނުންގެ މަންމާފުޅު ތިމަންރަސްކަލާނގެ ލެއްވީ ދަލީލެއްކަމުގައެވެ. (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ މައްޗަށްވާ دليل އެއްކަމުގައެވެ. ބަފަޔަކު ނެތިވެސް ދަރިން އުފެއްދެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަމުގެ ދަލީލަކަށެވެ. އަދި މަރުވެފައިވާ މީހުން ދިރުއްވުމަކީ ތިމަންރަސްކަލާނގެއަށް އެއްވެސް ދަތިކަމެއްނޫންކަން ދެނެގަތުމަށްޓަކައެވެ.) އަދި އެދެމައިކަނބަލުން (مريم ގެފާނާ عيسى عليه السّلام) މޭވާޔާ މީރުފެން ހުރި އުސްތަނަކަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. (އެތަނަކީ فلسطين ގެ الرّملة ކަމަށާއި އަދި دِمِشْق ކަމަށާއި އަދި بيت المقدس ކަމަށާއި މިގޮތްގޮތަށް تفسير علم ވެރިންގެ މެދުގައި ވާހަކަ ދެކެވިފައިވެއެވެ. والله أعلم)
-
51
يَـٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَـٰتِ وَٱعْمَلُوا۟ صَـٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ
Yaaaʹayyuhar rusulu kuloo minaṭ ṭayyibaati waʻmaloo ṣaaliḥaa: ʹinnee bimaa taʻmaloona ʻAleem.
އޭ رسول ބޭކަލުންނޭވެ! حلال ރަނގަޅުތަކެތި ފަރީކުޅުއްވާށެވެ! އަދި صالح عمل ކުރައްވާށެވެ! ހަމަކަށަވަރުން ތިޔަބޭކަލުން ކުރައްވާ ކަންތައްތައް ދެނެވޮޑިގެންވާކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވެއެވެ. (އެކަންކަމަށް ފުރިހަމަ أجور ލިބިވަޑައިގަންނަވާހުއްޓެވެ.)
-
52
وَإِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱتَّقُونِ
Wa-ʹinna haaẓiheee ʹummatukum ʹummatañw Waaḥidatañw WaʹAna Rabbukum fattaq̣oon.
އަދި (مُحَمَّد ގެފާނުންގެ އުއްމަތުގެމީހުންނޭވެ!) ހަމަކަށަވަރުން ކަލޭމެންގެ މި دين އަކީ އެއް دين އެކެވެ. އަދި ތިމަންރަސްކަލާނގެއީ ކަލޭމެންގެ ربّ އެވެ. ފަހެ އެހެންވެ ކަލޭމެން ތިމަންރަސްކަލާނގެއަށް އެކަނި ބިރުވެތިވާށެވެ! • ދަންނައެވެ. މިއާޔަތުން މި مخاطب ވަނީ އެންމެހައި نبي ބޭކަލުންނަށް ކަމުގައިވެއެވެ. އެއީ ކުރީގެ އާޔަތުގެ سِيَاق އަންނަގޮތުންނެވެ. އަދި ފަހުގެ އާޔަތްވެސް އެގޮތަށް دليل ކުރެއެވެ. (އާޔަތުގައި نبي ބޭކަލުންނަށް مخاطب އޮތްނަމަވެސް حُكُم އެންމެހައި އިންސާނުންނަށް ޢާއްމުވެގެންވެއެވެ.) والله أعلم.
-
53
فَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ زُبُرًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ
Fataq̣aṭṭaʻooo ʹamrahum̃ baynahum zuburaa: kullu ḥizbim bimaa ladayhim fariḥoon.
ދެންފަހެ އެމީހުންގެމެދުގައި (އެބަހީ އިސްވެދިޔަ أمّة ތަކުގެ މެދުގައި) އެމީހުންގެ دين ގެ ކަންތައްތައް ބައިބައިކޮށް ވަކިވަކިކޮށް ފޮތްތަކަކަށް ހަދައިލައިފިއެވެ. އަދި ކޮންމެ ބަޔަކުވެސް އެބައިމީހުންގެ އަތުގައިވާ އެއްޗާއިގެން (ފޮތުގެ ތެރެއިން ލިބުނު އެއްޗާއިގެން) އެމީހުން އުފާކުރަނީއެވެ. (މިއިން ކޮންމެ ބަޔަކުވެސް މިވަނީ دين ބައިބައިކޮށް އޭގެ އެއްބައި ހިފައިގެންނެވެ. އަނެއްބައިތަކަކަށް އީމާން ނުވެއެވެ. ހަމައިން ނެއްޓިފައެވެ. އަހުރެމެން މި أمّة ގައި މިހާރު މިތިބަމީހުންނާއި މިމީހުންނާ އެއްވެސް ތަފާތެއް އެބައޮތް ބާވައެވެ؟ އަހުރެމެންވެސް دين ބައިބައިކޮށް ކޮންމެ ބަޔަކު مذهب އެއް ހިފައިގެން ހޭޔާން ކިޔަނީއެވެ. سَمَاوِي އޮފީހުން އެންގެވި އެންގެވުމެއް ނޫނެވެ. ولا حول ولا قوّة إلاّ بالله)
-
54
فَذَرْهُمْ فِى غَمْرَتِهِمْ حَتَّىٰ حِينٍ
Faẓarhum fee g̣amratihim ḥattaa ḥeen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުން ދޫކޮށްލައްވާށެވެ! އެއީ އެމީހުންގެ މަގުފުރެދުމުގައި ވަކިހިނދުކޮޅަކު ތިބުމަށެވެ.
-
55
أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٍ وَبَنِينَ
ʹA-yaḥsaboona ʹannamaa numidduhum̃ bihee mim maaliñw wabaneen,
އަދި ތިމަންރަސްކަލާނގެ އެމީހުންނަށް މުދަލާއި ދަރިންގެތެރެއިން ދެއްވާ ދެއްވުމާއިމެދު އެމީހުން އެހީކުރަނީހެއްޔެވެ؟
-
56
نُسَارِعُ لَهُمْ فِى ٱلْخَيْرَٰتِ ۚ بَل لَّا يَشْعُرُونَ
Nusaariʻu lahum fil khayraat? Bal laa yashʻuroon.
އެއީ އެމީހުންނަށް ތިމަންރަސްކަލާނގެ ހެޔޮކަން އަވަސްކޮށްދެނީކަމުގައި (ހީކުރަނީހެއްޔެވެ؟) އެވާގޮތެއް އެމީހުނަށް إحساس ވެސް ނުވެއެވެ. (އެއީ ﷲ ގެ إِسْتِدْرَاج އެވެ. ރޭވުމެވެ. އޭގެފަހުގައި ވަނީ ނުބައެވެ. ކުއްލިއަކަށް ހިތްޕެވުމެވެ.)
-
57
إِنَّ ٱلَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ
ʹInnal laẓeena hum min khashyati Rabbihim mushfiq̣oon;
ހަމަކަށަވަރުން އެބައިމީހުން އެބައިމީހުންގެ ربّ އަށް ބިރުވެތިވާމީހުން ވަނީ (ﷲ ގެ عذاب އަށް) ބިރުން ފެންކަޅިވެގެންނެވެ. (އެއީ މާތްވެގެންވާ މުއުމިނުންނެވެ.)
-
58
وَٱلَّذِينَ هُم بِـَٔايَـٰتِ رَبِّهِمْ يُؤْمِنُونَ
Wallaẓeena hum̃ biʹAayaati Rabbihim yuʹminoon;
އަދި ކަނޑައެޅިގެން އެމީހުން އެމީހުންގެ ربّ ގެ آية ތަކަށް إيمان ވެއެވެ. އެއާޔަތްތައް ތެދުކުރެއެވެ.
-
59
وَٱلَّذِينَ هُم بِرَبِّهِمْ لَا يُشْرِكُونَ
Wallaẓeena hum̃ bi-Rabbihim laa- yushrikoon;
އަދި އެމީހުން އެމީހުންގެ ربّ އަށް އެއްވެސްގޮތަކުން شَرِيْكُ ނުކުރެއެވެ.
-
60
وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ
Wallaẓeena yuʹtoona maaa ʹaataw Waq̣uloobuhum wajilatun ʹannahum ʹilaa Rabbihim raajiʻoon;
އަދި އެމީހުންގެ ހިތްތައް ބިރުން ސިހިގެންވާ حال އެމީހުންނަށް ލިބިފައިވާ މުދަލުން ހޭދަކުރެއެވެ. زكاة ދީ صدقة ދެއެވެ. އެއީ އެމީހުންގެ ربّ ގެ حضرة އަށް رجوع ވާނެތީ އެކަމާ ބިރުންނެވެ.
-
61
أُو۟لَـٰٓئِكَ يُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَهُمْ لَهَا سَـٰبِقُونَ
ʹUlaaaʹika yusaariʻoona fil khayraati wa-hum lahaa saabiq̣oon.
އެމީހުން ދަންނައެވެ! އެބަހީ: އިސްވެދިޔަ ސިފަތަކުގެ أهل ވެރިން ދަންނައެވެ. އެމީހުންނަކީ ހެޔޮކަންތަކުގައި އަވަސްވާމީހުންނެވެ. އަދި އެމީހުންނަކީ އެހެޔޮކަމަށް ކުރިއަރާދާ މީހުންނެވެ.
-
62
وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَلَدَيْنَا كِتَـٰبٌ يَنطِقُ بِٱلْحَقِّ ۚ وَهُمْ لَا يُظْلَمُونَ
Wa-laa nukallifu nafsan ʹillaa wusʻahaa wa-ladaynaa Kitaabuñy yañṭiq̣u bilḥaq̣q̣i wahum laa- yuz̤̣lamoon.
އަދި އެއްވެސް نفس އަކަށް އެ نفس އަކަށް ކުޅަދާނަވާވަރަކަށް މެނުވީ ތިމަންރަސްކަލާނގެ تَكْلِيْفُ ނުޖައްސަވަމެވެ. ބުރަނުޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި (އަޅުތަކުންގެ عمل ތައް ނޯޓްކުރެވިގެންވާ) ފޮތެއްވެއެވެ. އަދި އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ. (އެބަހީ: ނުބައިކަންތައް ކުރި މީހާގެ ނުބައިކަމުގެތެރެއަށް އިތުރު ނުވާނެއެވެ. އަދި ހެޔޮ عمل ކުރި މީހެއްގެ ހެޔޮ عمل ން އުނި ނުވާނެއެވެ. އެކަމުގެ ثواب މަދުނުވާނެއެވެ. އެޔާ خِلآفُ އަށް އެކަމުގެ ސަވާބު އިތުރުވާނެއެވެ.)
-
63
بَلْ قُلُوبُهُمْ فِى غَمْرَةٍ مِّنْ هَـٰذَا وَلَهُمْ أَعْمَـٰلٌ مِّن دُونِ ذَٰلِكَ هُمْ لَهَا عَـٰمِلُونَ
Bal q̣uloobuhum fee g̣amratim min haaẓaa wa-lahum ʹaʻmaalum miñ dooni ẓaalika hum lahaa ʻaamiloon,
އަދި ކިއެއްހެއްޔެވެ؟ ކަންތައްހުރީ އެމީހުން އެބަހީ: مشرك ން ހީކުރާގޮތަކަށް ނޫނެވެ.) އެމީހުން އެވަނީ މި قرآن އާއިމެދު ކަނުވެ އަނދިރިވެގެންނެވެ. އަދި އެމީހުންނަށް އެކަން ފިޔަވައި (އެބަހީ: އެމީހުން މިހާރު އެކުރާ عمل ފިޔަވައި އެހެން (ނުބައި عمل އެމީހުންނަށްވެއެވެ. ނުވަތަ تقوى ވެރި މާތްމީހުންގެ عمل ފިޔަވައި އެހެން عمل އެމީހުންނަށް ވެއެވެ.) ކަނޑައެޅިގެން އެމީހުން އެކަންކުރާނެއެވެ. ނުބައި ކަންތައްތައްކޮށް އުރެދޭނެއެވެ.
-
64
حَتَّىٰٓ إِذَآ أَخَذْنَا مُتْرَفِيهِم بِٱلْعَذَابِ إِذَا هُمْ يَجْـَٔرُونَ
Ḥattaaa ʹiẓaaa ʹakhaẓnaa mutrafeehim̃ bilʻAẓaabi ʹiẓaa hum yajʹaroon!
އެއީ އެމީހުންކުރެ نعمة އާއި މަޖަލުގައި ނުލަފާ ކަންތައްކުރާ މީހުންނަށް عذاب ދެއްވައި ތިމަންރަސްކަލާނގެ އެމީހުން ހިތްޕަވައި ހަލާކު ކުރައްވައިފުމަށްދާންދެނެވެ. އެހައިރުން އެބަހީ: عذاب އައުމުން އެމީހުން ސަލާމަތަށް އެދި ހަޅޭލަވާނެއެވެ.
-
65
لَا تَجْـَٔرُوا۟ ٱلْيَوْمَ ۖ إِنَّكُم مِّنَّا لَا تُنصَرُونَ
Laaa tajʹarul yawm: ʹinnakum minnaa laa- tuñṣaroon.
(އެހިނދުން އެމީހުނަށް އެންގެވޭނެއެވެ.) ކަލޭމެން މިއަދު ސަލާމަތަށް އެދި ހަޅޭނުލާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ން ކަލޭމެންނަކަށް نصر ނުލިބޭނެއެވެ. އެހީއެއް ނުލިބޭނެއެވެ.
-
66
قَدْ كَانَتْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُمْ عَلَىٰٓ أَعْقَـٰبِكُمْ تَنكِصُونَ
Q̣ad kaanat ʹAayaatee tutlaa ʻalaykum fakuñtum ʻalaaa ʹaʻq̣aabikum tañkiṣoon.
ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެންގެމައްޗަށް ކިޔެވޭކަމުގައި ވިއެވެ. ފަހެ ކަލޭމެން ކަލޭމެންގެ ފުންނާބުތަކުގެމައްޗަށް ފަހަތަށް ޖެހޭ ކަމުގައި ވިއެވެ. (ކަލޭމެން އެއާޔަތްތަކަށް إيمان ނުވީމުއެވެ. ތެދުނުކުރީމުއެވެ.)
-
67
مُسْتَكْبِرِينَ بِهِۦ سَـٰمِرًا تَهْجُرُونَ
Mustakbireena bihee saamirañ tahjuroon.
ކަލޭމެން مكّة ގެ حرم ގައި ބޮޑާވެގެންވާ حال ގައި ރޭގަނޑު جَلْسَة ކޮށް ﷲ އަށް ذِكر ކުރުމާއި حقّ އާއި ކަލޭމެން ދުރުވާކަމުގައިވެއެވެ.
-
68
أَفَلَمْ يَدَّبَّرُوا۟ ٱلْقَوْلَ أَمْ جَآءَهُم مَّا لَمْ يَأْتِ ءَابَآءَهُمُ ٱلْأَوَّلِينَ
ʹAfalam yaddabbarul Q̣awla ʹam jaaaʹahum maa lam yaʹti ʹaabaaaʹahumul ʹawwaleen?
އެމީހުން އެބަހީ: مشرك ންތައް ފަހެ ﷲ ގެ وحي ބަސްފުޅަށް ވިސްނާ تَدْبِيْرُ ކޮށް ނުހަދަނީބާވައެވެ؟ (އޭގައިވާ عبرة އާއި حجّة އެނގުނީހީ އެހެންނަމަތާއެވެ.) ނުވަތަ އެމީހުންގެ އިސްވެދިޔަ ކާބަފައިންގެ ގާތަށް ނާންނަ ކަންތައް މިމީހުންގެ ގާތަށް އައީބާވައެވެ؟ (ބޮޑާވެ كبر ވެރިވެ އެޔާ ދުރަށް ދާނީ އެހެންނަމަތާއެވެ. އެމީހުންގެ ގާތަށްވެސް ފޮތާއި رسول ން ވަޑައިގަތީއެވެ. މިމީހުންގެ ގާތަށްވެސް ފޮތަކާއި رسول އަކު ވަޑައިގަތީއެވެ. ކަމަކީ ހަމަ އެއްކަމެކެވެ.)
-
69
أَمْ لَمْ يَعْرِفُوا۟ رَسُولَهُمْ فَهُمْ لَهُۥ مُنكِرُونَ
ʹAm lam yaʻrifoo Rasoolahum fahum lahoo muñkiroon?
ނުވަތަ އެމީހުންގެ رسول އެމީހުންނަށް ނޭނގެނީބާވައެވެ؟ އެކަލޭގެފާނާމެދު إنكار ކޮށް ދެކޮޅުހަދާނީ އެހެންނަމަތާއެވެ. (އެ رسول އަކީ އެންމެން ދަންނަ އެމީހުންގެ أمين އެވެ.)
-
70
أَمْ يَقُولُونَ بِهِۦ جِنَّةٌۢ ۚ بَلْ جَآءَهُم بِٱلْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَـٰرِهُونَ
ʹAm yaq̣ooloona bihee jinnah? Bal jaaaʹahum̃ bil-Ḥaq̣q̣i wa-ʹaks̤aruhum lil-Ḥaq̣q̣i kaarihoon.
ނުވަތަ އެކަލޭގެފާނުންގެ ގައިގާ މޮޔަކަމެއް ހުރިކަމުގައި އެމީހުން ބުނަނީހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންގާތަށް حقّ އައީއެވެ. އެހެންނަމަވެސް އެމީހުންކުރެ ގިނަމީހުން އެ حقّ އަށް ނުރުހެނީއެވެ. ދެކޮޅުހަދަނީއެވެ.
-
71
وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَـٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ ۚ بَلْ أَتَيْنَـٰهُم بِذِكْرِهِمْ فَهُمْ عَن ذِكْرِهِم مُّعْرِضُونَ
Wa-lawit tabaʻal Ḥaq̣q̣u ʹahwaaaʹahum lafasadatis samaawaatu wal-ʹarḍu wa-mañ feehinn! Bal ʹataynaahum̃ biẓikrihim fahum ʻañ ẓikrihim muʻriḍoon.
އަދި "الحَقّ " އެމީހުންގެ هوَى نفس އާއި يعني: އަމިއްލަ އެދުމާއި تبع ވެއްޖެނަމަ ހަމަކަށަވަރުން އުޑުތަކާއި ބިން ފާސިދުވެއްޖައީހެވެ. އަދި އެތަންތާވާހާ ބަޔަކުވެސް فاسِدُ ވެއްޖައީހެވެ. (މިއާޔަތުގައި މިވާ الحَقّ އަކީ ﷲ سبحانه وتعالى އެވެ. (ނުވަތަ އިސްލާމުދީނެވެ.) އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް އެމީހުންގެ ذكر އައީއެވެ. يعني: އެމީހުންނަށް حقّ بيان ކޮށްދެއްވާ އެތި އައީއެވެ. އެއީ އެމީހުންގެ ތެރެއިން މީހެއްގެ މައްޗަށް މި قرآن ބާވައިލެއްވުމެވެ.) އަދި އެމީހުން އެވަނީ އެމީހުންގެ އެ ذكر ން އެނބުރި ފުރަގަސްދީ ގެންނެވެ.
-
72
أَمْ تَسْـَٔلُهُمْ خَرْجًا فَخَرَاجُ رَبِّكَ خَيْرٌ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ
ʹAm tasʹaluhum kharjañ fakharaaju Rabbika khayr: wa-Huwa Khayrur raaziq̣een.
(އޭ رسول ﷲ އެވެ!) ނުވަތަ ކަލޭގެފާނު އެމީހުންގެ ކިބައިން އުޖޫރައަކަށް ނުވަތަ ޓެކްހަކަށް އެދިވަޑައިގަންނަވަނީތޯއެވެ. ފަހެ ކަލޭގެފާނުންގެ ربّ ގެ އުޖޫރަ މާހެޔޮވެގެންވެއެވެ. އަދި އެކަލާނގެއީ އެންމެހެޔޮގޮތުގައި ރިޒުގުދެއްވާ ކަލާނގެއެވެ.
-
73
وَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Wa-ʹinnaka latadʻoohum ʹilaa Ṣiraaṭim Mustaq̣eem.
ހަމަކަށަވަރުން ކަލޭގެފާނު އެމީހުންނަށް ގޮވައިލައްވަނީ ސީދާވެގެންވާ މަގަށެވެ.
-
74
وَإِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ عَنِ ٱلصِّرَٰطِ لَنَـٰكِبُونَ
Waʹinnal laẓeena laa- yuʹminoona bil-ʹAakhirati ʻaniṣ Ṣiraaṭi lanaakiboon.
އަދި ހަމަކަށަވަރުން آخرة ދުވަހަށް އީމާންނުވާ މީހުން ސީދާމަގުން ނެއްޓި ކަތިމަގުން ދެއެވެ.
-
75
۞ وَلَوْ رَحِمْنَـٰهُمْ وَكَشَفْنَا مَا بِهِم مِّن ضُرٍّ لَّلَجُّوا۟ فِى طُغْيَـٰنِهِمْ يَعْمَهُونَ
Wa-law raḥimnaahum wakashafnaa maa- bihim miñ ḍurril lalajjoo fee ṭug̣yaanihim yaʻmahoon.
އަދި ތިމަންރަސްކަލާނގެ އެމީހުންނަށް رحمة ލައްވައި އަދި އެމީހުންނަށް ޖެހިފައިވާ އުނދަގޫ (يعني: فقير ކަމާއި ތަދުމަޑުކަން) ތިމަންރަސްކަލާނގެ ފިއްލަވައިފިނަމަ ހަމަކަށަވަރުން އެމީހުންގެ ނުކިޔަމަންތެރިކަމާއި ނުބައިކަމުގައި ދެފުށުއެޅިއެޅި ދެމިތިބޭހުއްޓެވެ.
-
76
وَلَقَدْ أَخَذْنَـٰهُم بِٱلْعَذَابِ فَمَا ٱسْتَكَانُوا۟ لِرَبِّهِمْ وَمَا يَتَضَرَّعُونَ
Wa-laq̣ad ʹakhaẓnaahum̃ bilʻAẓaabi famas takaanoo li-Rabbihim wa-maa yataḍarraʻoon,
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން يعني: އެ مشرك ންނަށް އެކިބާވަތުގެ ބަލާ މުސީބަތް ޖައްސަވައިގެންއެމީހުން إمْتِحَانُ ކުރެއްވީމެވެ (އެއީ އެމީހުން ދިރިއުޅުން ދަތިކުރެއްވުމާއި ރަށަށް ތަދުމަޑުކަން ޖެއްސެވުމާއި އަދި ހައްޔަރުވާމީހުން قتل ވުމާ މިބާވަތުގެ ކަންކަމުންނެވެ.) ފަހެ އެމީހުން އެމީހުންގެ ربّ އަށް ކިޔަމަންތެރިވެ އެފަރާތަށް ދެރަނުވިއެވެ. ގޮތްދޫނުކުރިއެވެ.
-
77
حَتَّىٰٓ إِذَا فَتَحْنَا عَلَيْهِم بَابًا ذَا عَذَابٍ شَدِيدٍ إِذَا هُمْ فِيهِ مُبْلِسُونَ
Ḥattaaa ʹiẓaa fataḥnaa ʻalayhim baabañ ẓaa ʻaẓaabiñ shadeedin ʹiẓaa hum feehi mublisoon!
ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް ގަދަ عذاب ގެދޮރެއް ހުޅުވައިދެއްވައިފުމަށް ދާންދެންނެވެ. (އެބަހީ: އެމީހުން އެގޮތުގެމަތީގައި ނުކިޔަމަންތެރިކަމުގައި ތިބީއެވެ.) ދެން އެ عذاب އެމީހުންނަށް ފެނުމުން އެހައިރުން އެމީހުން ހިތާމަކޮށް ދެރަވިއެވެ. (އެކަމަކު ދެން އެހިތާމައިގެ ފައިދާއެއް ނެތެވެ. މިއާޔަތުގައިމިވާ ގަދަ عذاب އަކީ مكّة ގެ مشرك ންނަށް ދިމާވި ބަނޑުހައިހޫނު ކަން ކަމުގައި ބުނެވުނެވެ. / ނުވަތަ އެއީ بَدْرُ ހަނގުރާމަކަމުގައި ބުނެވުނެވެ. والله أعلم)
-
78
وَهُوَ ٱلَّذِىٓ أَنشَأَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ
Wa-Huwal laẓeee ʹañshaʹa lakumus samʻa wal-ʹabṣaara wal-ʹafʹidah: q̣aleelam maa tashkuroon!
އަދި ކަލޭމެންނަށް އިވުމާއި ފެނުމާއި ވިސްނުމާއި (ނުވަތަ ކަންފަތާއި ލޮލާއި ހިތް) ލެއްވީ ހަމަ އެކަލާނގެއެވެ. ކަލޭމެން (އެބާވަތުގެ نعمة އަށް) شكر ކުރަނީ ހާދަހާވެސް މަދުންނެވެ.
-
79
وَهُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ
Wa-Huwal laẓee ẓaraʹakum fil ʹarḍi wa-ʹilayhi tuḥsharoon.
އަދި ކަލޭމެން ބިމުން ހެއްދެވީ (އެބަހީ: ބިމުން ހައްދަވައި އަދި ބިމުގައިލެއްވީ) ހަމަ އެކަލާނގެއެވެ. އަދި ކަލޭމެން އެއްކުރައްވާ محشر ކުރައްވާނީ ހަމަ އެކަލާނގެ حضرة އަށެވެ.
-
80
وَهُوَ ٱلَّذِى يُحْىِۦ وَيُمِيتُ وَلَهُ ٱخْتِلَـٰفُ ٱلَّيْلِ وَٱلنَّهَارِ ۚ أَفَلَا تَعْقِلُونَ
Wa-Huwal laẓee yuḥyee wa-yumeetu wa-lahukh tilaaful layli wannahaar: ʹafalaa taʻq̣iloon?
އަދި ތަކެތި ދިރުއްވައި މަރުއްވައި އަދި ރޭދުވާ ތަފާތުކުރެއްވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. ކަލޭމެން އެފަދަ ކަންކަމަށް ވިސްނައި فكر ކޮށް ނުހަދަނީ ކީއްވެގެންހެއްޔެވެ؟ ނުވަތަ فكر ކޮށް ނުހަދާނޭހެއްޔެވެ؟
-
81
بَلْ قَالُوا۟ مِثْلَ مَا قَالَ ٱلْأَوَّلُونَ
Bal q̣aaloo mis̤la maa- q̣aalal ʹAwwaloon.
އަދި ކިއެއްހެއްޔެވެ؟ އެމީހުން ބުނީ ހަމަ ކުރީގެ މީހުންވެސް ބުނިގޮތަށެވެ.
-
82
قَالُوٓا۟ أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ
Q̣aalooo ʹa-ʹiẓaa mitnaa wa-kunnaa turaabañw waʻiz̤̣aaman ʹa-ʹinnaa lamabʻoos̤oon?
އެމީހުން ބުނީ އަހުރެމެން މަރުވެ ވެއްޔަށްވެ ކަށިތައް ފީވެ ދިއުމަށްފަހު އަލުންވެސް އަހުރެމެން ދިރިގެން محشر އަށް ފޮނުވޭނޭހެއްޔެވެ؟ (އެބަހީ: ދެން ނުފޮނުއްވޭނެއެވެ.)
-
83
لَقَدْ وُعِدْنَا نَحْنُ وَءَابَآؤُنَا هَـٰذَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ
Laq̣ad wuʻidnaa naḥnu wa-ʹaabaaaʹunaa haaẓaa miñ q̣ablu ʹin haaẓa illaaa ʹasaaṭeerul ʹawwaleen!
ހަމަކަށަވަރުން އަހުރެމެންނަށާ އަހުރެމެންގެ ކާބަފައިންނަށްވެސް މީގެކުރިން މި وعد ކުރެވުނެވެ. އެއީ ހަމަ އިސްވެދިޔަމީހުން ދައްކާފައިވާ ދޮގުވާހަކަތައްކަމުގައި މެނުވީ ނުވެއެވެ. އެމީހުންގެ باطل ވާހަކަތަކެވެ.
-
84
قُل لِّمَنِ ٱلْأَرْضُ وَمَن فِيهَآ إِن كُنتُمْ تَعْلَمُونَ
Q̣ul limanil ʹarḍu wa-mañ feehaaa ʹiñ kuñtum taʻlamoon?
(އޭ رسول ﷲ އެވެ!) ބިމާއި އަދި ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ ކާކަށްތޯ ކަލޭގެފާނު އެމީހުންކުރެން އައްސަވައިބައްލަވާށެވެ؟ ކަލޭމެންނަށް އެއީ ކާކުކަން އެނގޭކަމުގައި ވަންޏާ ނިކަން ބުނެދީބަލާށެވެ.
-
85
سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ
Sayaq̣ooloona lillaah! Q̣ul ʹafalaa taẓakkaroon?
(އޭގެ ޖަވާބުގައި) ނިކަންހުރެ އެމީހުން ބުނާނެއެވެ. އެތަކެތި މިލްކުވެގެންވަނީ ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވީއިރު ކަލޭމެން وعظ އާއި عبرة ލިބިނުގަންނާނޭ ހެއްޔެވެ؟ (އެހެންވީއިރު މަރުވެފައިވާތަކެތި ދިރުއްވައި އެއްކުރެއްވުން އެކަލާނގެއަށް ދަތިނުވާނެކަން ދެނެގަތުން ހުއްޓެވެ.)
-
86
قُلْ مَن رَّبُّ ٱلسَّمَـٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ
Q̣ul mar Rabbus samaawaatis sabʻi wa-Rabbul ʻArshil ʻAz̤̣eem?
ކަލޭގެފާނު އެމީހުންކުރެން އައްސަވާބައްލަވާށެވެ! އުޑުތަކާއި އަދި ބޮޑުވެގެންވާ عَرْشِى ގެ رَبّ އަކީ ކާކުތޯއެވެ؟
-
87
سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ
Sayaq̣ooloona lillaah. Q̣ul ʹafalaa tattaq̣oon?
ނިކަންހުރެ އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ އަޅެފަހެ ކަލޭމެން ބިރުވެތިނުވާނޭހެއްޔެވެ؟
-
88
قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ
Q̣ul mam biyadihee Malakootu kulli shayʹiñw wa-Huwa yujeeru wa-laa yujaaru ʻalayhi ʹiñ kuñtum taʻlamoon?
އަދި ހުރިހާއެއްޗެއްގެ خَزَانة ތައް خاصّ ވެގެންވަނީ ކާކަށްތޯ ކާކެއްގެ އަތެއްގައިތޯ ކަލޭގެފާނު އެމީހުންކުރެން އައްސަވައި ބައްލަވާށެވެ؟ އަދި އެކަލާނގެ އަމާންކަން ދެއްވައެވެ. ނުވަތަ އެކަލާނގެ މަނާކުރައްވައެވެ. އަދި އެކަލާނގެއާއި خلاف އަށް އަމާންކަން ނުދެއްވެއެވެ. އަދި އެކަލާނގެއަށް އެއްވެސް ކަމެއް މަނާނުވެވޭކަލަކީ ކޮބައިހެއްޔެވެ؟ އެއީ ކާކުހެއްޔެވެ؟ ކަލޭމެންނަށް އެނގެންޏާ (ނިކަން ބުނެބަލާށެވެ!)
-
89
سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ
Sayaq̣ooloona lillaah. Q̣ul faʹannaa tus-ḥaroon?
އޭގެ ޖަވާބުގައި ނިކަންހުރެ އެމީހުން ބުނާނެއެވެ. އެހުރިހާކަމެއް خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެހެންވިއްޔާ އެކަލާނގެއަށް އަޅުކަން ނުކޮށް އެކަލާނގެ ފިޔަވައި ކަލޭމެންދާނީ ކޮންތާކަށްހެއްޔެވެ؟ (ކަލޭމެނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟)
-
90
بَلْ أَتَيْنَـٰهُم بِٱلْحَقِّ وَإِنَّهُمْ لَكَـٰذِبُونَ
Bal ʹataynaahum̃ bil-Ḥaq̣q̣i wa-ʹinnahum lakaaẓiboon!
އަދި ކިއެއްހެއްޔެވެ؟ އެމީހުންނަށް ތިމަންރަސްކަލާނގެ حقّ ގެނަސްދީފީމެވެ. حقّ އިސްލާމްދީން ގެނަސްދީފީމެވެ. އަދި ހަމަކަށަވަރުން އެމީހުންނަކީ ކަނޑައެޅިގެން ދޮގުވެރިންނެވެ.
-
91
مَا ٱتَّخَذَ ٱللَّهُ مِن وَلَدٍ وَمَا كَانَ مَعَهُۥ مِنْ إِلَـٰهٍ ۚ إِذًا لَّذَهَبَ كُلُّ إِلَـٰهٍۭ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَىٰ بَعْضٍ ۚ سُبْحَـٰنَ ٱللَّهِ عَمَّا يَصِفُونَ
Mat takhaẓal laahu miñw waladiñw wamaa kaana maʻahoo min ʹilaahin ʹiẓal laẓahaba kullu ʹilaahim bimaa khalaq̣a wa-laʻalaa baʻḍuhum ʻalaa baʻḍ! Subḥaanal laahi ʻammaa yaṣifoon!
ﷲ އަކަށް އެއްވެސް ދަރިކަލަކު ނުވެއެވެ. (އެއީ އެކަށީގެންވާކަމެއްނޫނެވެ.) އަދި އެކަލާނގެއާއިއެކު އެއްވެސް އެހެން إله އަކުވެސް ނުވެއެވެ. އެހެންވެއްޖެއްޔާއި އެބަހީ: އެކަލާނގެއާއެކު އެހެން إله އަކު ވާނަމަ ނުވަތަ إله ންތަކެއްވާނަމަ ކޮންމެ إله އަކުވެސް އެ إله އަކު ހެއްދެވިއެއްޗެއް ހިފައިގެން ހިނގައްޖައީހެވެ. އަދި ބައެއް إله ން އަނެއްބައި إله ންގެމައްޗަށް މަތިވެ ބޮޑާވެގެންފީހެވެ. އަދި އެމީހުން އެސިފަކުރާ ކަންތައްތަކުން ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. (އެކަލާނގެއަށް އެއްވެސް شريك އަކު ނުވެއެވެ.)
-
92
عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَتَعَـٰلَىٰ عَمَّا يُشْرِكُونَ
ʻAalimil g̣aybi washshahaadati fataʻaalaa ʻammaa yushrikoon!
އެކަލާނގެއީ غيب ގައިވާ ކަންތަކާއި އަދި ފައުޅުވެގެންވާ ކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. ފަހެ އެމީހުން يعني: مشرك ން އެ شريك ކުރާ ތަކެތި ފިޔަވައި އެކަލާނގެ މާމަތިވެރިވޮޑިގެންވެއެވެ.
-
93
قُل رَّبِّ إِمَّا تُرِيَنِّى مَا يُوعَدُونَ
Q̣ur Rabbi ʹimmaa turiyannee maa- yooʻadoon,
،(94) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ! އެމީހުންނަށް - އެބަހީ: مشرك ންނަށް وعد ވެވިގެންވާ عذاب އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވަންޏާއި، އޭ އަޅުގެ ربّ އެވެ. ފަހެ މިއަޅާ އަނިޔާވެރިވީ މީސްތަކުންގެތެރެއިން يعني: مشرك ންގެތެރެއިން ނުލައްވާންދޭވެ! (އެމީހުންނާއި އެކު ހަލާކު ނުކުރައްވާންދޭވެ!)
-
94
رَبِّ فَلَا تَجْعَلْنِى فِى ٱلْقَوْمِ ٱلظَّـٰلِمِينَ
Rabbi falaa tajʻalnee fil q̣awmiz̤̣ z̤̣aalimeen!
،(94) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ! އެމީހުންނަށް - އެބަހީ: مشرك ންނަށް وعد ވެވިގެންވާ عذاب އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވަންޏާއި، އޭ އަޅުގެ ربّ އެވެ. ފަހެ މިއަޅާ އަނިޔާވެރިވީ މީސްތަކުންގެތެރެއިން يعني: مشرك ންގެތެރެއިން ނުލައްވާންދޭވެ! (އެމީހުންނާއި އެކު ހަލާކު ނުކުރައްވާންދޭވެ!)
-
95
وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمْ لَقَـٰدِرُونَ
Wa-ʹinnaa ʻalaaa ʹan nuriyaka maa- naʻiduhum la-Q̣aadiroon.
(ﷲ وحي ކުރެއްވިއެވެ.) އެމީހުނަށް ތިމަންރަސްކަލާނގެ وَعْدُ ކުރައްވާ ކަންތައް - އެބަހީ: عذاب ކަލޭގެފާނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާކަން ކަށަވަރެވެ. (އަދި ކަލޭގެފާނަށް އޭގެ އަސަރުވެސް ނުވާނެއެވެ.)
-
96
ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ
ʹIdfaʻ billatee hiya ʹaḥsanus sayyiʹah: Naḥnu ʹaʻlamu bimaa yaṣifoon.
ރަނގަޅު أخلاق އާއި ހެޔޮ عمل ން ނުބައިކަންތައް دفاع ކުރައްވާށެވެ! (އެބަހީ: مشرك ންގެ އުނދަގޫތަކަށް ކެތްތެރިވެވަޑައިގެން މާތް أخلاق ން عمل ފުޅު ކުރައްވާށެވެ!) އެމީހުން (ﷲ އާއިމެދު) އެސިފަކުރާ ކުރުންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ.
-
97
وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَـٰطِينِ
Wa-q̣ur Rabbi ʹaʻooẓu bika min hamazaatish shayaaṭeen.
އަދި ކަލޭގެފާނު ވިދާޅުވާށެވެ! އޭއަޅުގެ ربّ އެވެ! ސައިތާނުންގެ ވަސްވާހުގެ ސިއްރު ބަސްތަކުން / އެސޮރުގެ ދަންޖެއްސުންތަކުން ރައްކާތެރިވެ ސަލާމަތްވުމަށް އިބަރަސްކަލާނގެ حضرة ން حماية އާއި ރައްކާތެރި ލިބިގަންނަމެވެ.
-
98
وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ
Wa-ʹaʻooẓu bika Rabbi ʹañy yaḥḍuroon.
އަދި (މިއަޅާގެ އެކިއެކި ކަންކަމުގައި) އެސޮރުމެން މިއަޅާގެ ކައިރިޔަށް އައިސް حاضر ވުމުންވެސް ރައްކާތެރިކަމާއި حماية އެދެނީ އިބަރަސްކަލާނގެ حضرة ންނެވެ.
-
99
حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ
Ḥattaaa ʹiẓaa jaaaʹa ʹaḥadahumul mawtu q̣aala Rabbir jiʻoon,
(އެކަލާނގެ وَحِيކުރެއްވިއެވެ.) ކަލޭމެންކުރެ މީހަކު މަރަށް حاضر ވެއްޖެއްޔާ އޭނާ ބުނާނެއެވެ. އޭއަޅުގެ ربّ އެވެ. މިއަޅާ ދުނިޔެއަށް އަނބުރާ رجوع ކޮށްދެއްވާނދޭވެ! ފޮނުއްވާންދޭވެ! (މިއީ مشرك ންގެމީހުން މަރަށް حاضر ވާހިނދު ބުނާނެ ވާހަކައެއްކަމުގައިވެއެވެ.) އަދި އޭނާ ބުނާނެއެވެ.
-
100
لَعَلِّىٓ أَعْمَلُ صَـٰلِحًا فِيمَا تَرَكْتُ ۚ كَلَّآ ۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا ۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ
Laʻalleee ʹaʻmalu ṣaaliḥañ feemaa taraktu kallaa! ʹInnahaa kalimatun huwa q̣aaaʹiluhaa. Wa-miñw waraaaʹihim Barzakhun ʹilaa Yawmi yubʻas̤oon.
އެއީ (ދުނިޔޭގައި މިއަޅާ ހެޔޮ عمل ނުކޮށް) ދޫކުރިތަނަށް އޭގެ ބަދަލުގައި صالح عمل ކުރުމަށްޓަކައެވެ. (އޭގެ ޖަވާބުގައި ﷲ وحي ކުރެއްވިއެވެ.) އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. އެއީ ހަމަކަށަވަރުން އޭނާ ބުނާ (ހަމަ ހުސް) ބަހެކެވެ. އެފަދަމީހުންނަށް ދެން އޮތީ އޭގެފަހުގައި بَرْزَخُ އެވެ. ހުރަހެވެ. އެއީ ކަށްވަޅުގެ ވަގުތެވެ. އެއީ ދުނިޔޭގެ حياة އާއި آخرة އާއި ދެމެދު އޮތް ހުރަހެވެ. އެއީ محشر އަށް ފޮނުވޭ ދުވަހަށް ދާންދެނެވެ.
-
101
فَإِذَا نُفِخَ فِى ٱلصُّورِ فَلَآ أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَآءَلُونَ
Faʹiẓaa nufikha fiṣ Ṣoori falaaa ʹañsaaba baynahum Yawmaʹiẓiñw Walaa yatasaaaʹaloon!
ދެންފަހެ ތާޅަފިލި ފުމެލެވިއްޖެއްޔާ (قِيَامَة ވީއެވެ.) ދެން އެދުވަހުން އެމީހުންގެ މެދުގައި ނަސަބުގެ ގާތްކަމުގެ އެއްވެސް އެހީއެއް ނުވާނެއެވެ. އަދި އެކަކު އަނެކަކާއި ސުވާލުވެސް ނުކޮށްލާނެއެވެ. (އެއަށްވުރެ ބިރުވެތިވެފައި ކަންބޮޑުވުން ބޮޑުވާނެއެވެ.)
-
102
فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ
Famañ s̤aq̣ulat mawaazeenuhoo faʹulaaaʹika humul Mufliḥoon:
ފަހެ އެމީހެއްގެ (ހެޔޮކަމުގެ) ވަޒަން ބަރުވެއްޖެމީހާ ދަންނައެވެ. ފަހެ އެމީހުން އެއީ ކާމިޔާބު ކުރާނޭ މީހުންނެވެ. آخرة ގެ ނަސީބުވެރިންނެވެ.
-
103
وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَـٰلِدُونَ
Wa-man khaffat mawaazeenuhoo faʹulaaaʹikal laẓeena khasirooo ʹañfusahum fee Jahannama khaalidoon.
އަދި އެމީހެއްގެ (ހެޔޮކަމުގެ) ވަޒަން ލުއިވެއްޖެމީހާ ދަންނައެވެ. ފަހެ އެފަދަމީހުންނަކީ އެމީހުންގެ نفس ތަކަށް ގެއްލުމާއި ހަލާކުދިން މީހުންނެވެ. އެމީހުން ދެމިތިބޭނީ ހަމަ ނަރަކައިގައެވެ.
-
104
تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَـٰلِحُونَ
Talfaḥu wujoohahumun Naaru wa-hum feehaa kaaliḥoon.
އެމީހުންގެ މޫނުތައް މުޅިން ފިހި އަނދާހުއްޓެވެ. އަދި އެމީހުން އެނަރަކައިގައި މޫނުގެ ސިފަ ހުތުރުވެގެންވެއެވެ. (އެއީ މަތީ ތުންފަތްމައްޗަށް އަރައިގެންގޮސް ބޮލުގެ މެދާ ހަމައަށް ފޯރާނެއެވެ. އަދި ތިރީ ތުންފަތް ތިރިއަށް ދިގުވެގެންގޮސް ފޫޅުގައި ކޭތޭ ހިސާބަށް ދާނެއެވެ. އަނގައިގެ ދަތްތައް މުޅިން ހާމަވެ ސިފަހުތުރުވެގެންވެއެވެ. (އޭ މަތިވެރި ﷲ އެވެ. އަޅަމެން ނަރަކައިން ސަލާމަތްކުރައްވާންދޭވެ. آمين)
-
105
أَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُم بِهَا تُكَذِّبُونَ
ʹAlam takun ʹAayaatee tutlaa ʻalaykum fakuñtum̃ bihaa tukaẓẓiboon?
(އެމީހުންނަށް އެންގެވޭނެއެވެ.) ތިމަންރަސްކަލާނގެ އާޔަތްތައް (قرآن ގެ އާޔަތްތައް ކަލޭމެން ދުނިޔޭގައި އުޅުނުއިރު) ކަލޭމެންގެމައްޗަށް ކިޔެވޭ ކަމުގައި ނުވޭހެއްޔެވެ؟ (އެބަހީ: އެއާޔަތްތައް ކަލޭމެނަށް ކިޔަވައިދެވުނެވެ. (ފަހެކަލޭމެން ވީ އެއާޔަތްތައް ދޮގުކުރާ ބަޔަކު ކަމުގައެވެ.
-
106
قَالُوا۟ رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَآلِّينَ
Q̣aaloo Rabbanaa g̣alabat ʻalaynaa shiq̣watunaa wa-kunnaa q̣awmañ ḍaaalleen!
އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެ މައްޗަށް އަޅަމެންގެ އަބާއްޖަވެރިކަން ގަދަވެގަތީއެވެ. އަދި އަޅަމެންވީ މަގުފުރެދިގެންވާ ބަޔަކުކަމުގައެވެ.
-
107
رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَـٰلِمُونَ
Rabbanaaa ʹakhrijnaa minhaa faʹin ʻudnaa faʹinnaa z̤̣aalimoon!
އޭ އަޅަމެންގެ ربّ އެވެ! އަޅަމެން މިނަރަކައިން ނެރެދެއްވާންދޭވެ! އަޅަމެން ކާފަރުކަމަށް އަނބުރާ إعاد ވީނަމަވެސްމެއެވެ. ހަމަކަށަވަރުން އަޅަމެންނަކީ އަނިޔާވެރިންނެވެ.
-
108
قَالَ ٱخْسَـُٔوا۟ فِيهَا وَلَا تُكَلِّمُونِ
Q̣aalakh saʹoo feehaa wa-laa tukallimoon!
(އޭގެ ޖަވާބުގައި) ﷲ وحي ކުރައްވާހުއްޓެވެ. ދެރަނިކަމެތިކަމާއެކު ކަލޭމެން އެނަރަކައިގައި ތިބޭށެވެ. އަދި ކަލޭމެން ތިމަންރަސްކަލާނގެއަށް ބަސް ނުދަންނަވާށެވެ.
-
109
إِنَّهُۥ كَانَ فَرِيقٌ مِّنْ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ
ʹInnahoo kaana fareeq̣um min ʻibaadee yaq̣ooloona ˹Rabbanaaa ʹaamannaa fag̣fir lanaa warḥamnaa wa-ʹAñta Khayrur raaḥimeen˺!
ހަމަކަށަވަރުން ތިމަންރަސްކަލާނގެ އަޅުތަކުންކުރެ جماعة އެއްގެ ބައެއްވެއެވެ. އެމީހުން ދަންނަވައެވެ. (އެއީ ދުނިޔޭގައި އުޅުނުއިރު އެމީހުންކުރި دعاء އެވެ.) އޭއަޅަމެންގެ ربّ އެވެ. އަޅަމެން إيمان ވެއްޖައީމެވެ. ތެދުކޮށްފީމެވެ. ފަހެ އަޅަމެނަށް ފާފަފުއްސަވާންދޭވެ. އަދި އަޅަމެންނަށް رحمة ލައްވާންދޭވެ. އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެ ހެޔޮވެގެންވާ ކަލާނގެއެވެ.
-
110
فَٱتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰٓ أَنسَوْكُمْ ذِكْرِى وَكُنتُم مِّنْهُمْ تَضْحَكُونَ
Fattakhaẓtumoohum sikhriyyan ḥattaaa ʹañsawkum Ẓikree wa-kuñtum minhum taḍḥakoon!
(ﷲ އަންގަވާނެއެވެ.) ކަލޭމެން مشرك ން އެމީހުންނަށް يعني: ތިމަންރަސްކަލާނގެ مؤمن އަޅުންނަށް މަލާމާތްކޮށް ފުރައްސާރަކޮށްހެދީއެވެ. އެއީ ތިމަންރަސްކަލާނގެ ذكر ން އެބަހީ: ތިމަންރަސްކަލާނގެ ހަނދާންކުރުން ކަލޭމެންނަށް ހަނދާންނެތިއްޖައުމަށްދާންދެނެވެ. އަދި ކަލޭމެންވީ އެމުއުމިނުންނަށް މަލާމާތްކޮށް ފުރައްސާރަކުރުމުގެ ގޮތުން ހީހަދާކަމުގައެވެ.
-
111
إِنِّى جَزَيْتُهُمُ ٱلْيَوْمَ بِمَا صَبَرُوٓا۟ أَنَّهُمْ هُمُ ٱلْفَآئِزُونَ
ʹInnee jazaytuhumul yawma bimaa ṣabarooo ʹannahum humul Faaaʹizoon.
ހަމަކަށަވަރުން ތިމަންރަސްކަލާނގެ މިއަދު އެމީހުންނަށް އެމީހުން ކެތްތެރިވީކަމުގެ ސަބަބުން ހެޔޮދަރުމައާއި ޖަޒާދެއްވީމެވެ. ހަމަކަށަވަރުން އެމީހުންނަކީ ކަނޑައެޅިގެން ނަސީބުވެރިންނެވެ.
-
112
قَـٰلَ كَمْ لَبِثْتُمْ فِى ٱلْأَرْضِ عَدَدَ سِنِينَ
Q̣aala kam labis̤tum fil ʹarḍi ʻadada sineen?
(އެ مشرك ންނަށް) ﷲ އަންގަވާނެއެވެ. ކަލޭމެން ދުނިޔޭގެ حياة ގައި ބިންމަތީ ލަސްވެތިބީ ކިހާވަރަކަށް ހެއްޔެވެ؟ އަހަރުގެ عدد ގެގޮތުން ކިހާދުވަހަކުހެއްޔެވެ؟
-
113
قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَسْـَٔلِ ٱلْعَآدِّينَ
Q̣aaloo labis̤naa yawman ʹaw baʻḍa yawmiñ fasʹalil ʻaaaddeen.
އެމީހުން ދަންނަވާނެއެވެ. އަޅަމެން ލަސްވެތިބީ އެއްދުވަހުއެވެ. ނުވަތަ ދުވަހެއްގެ އެއްބައިގައެވެ. ފަހެ (އަހަރުތަކާއި ދުވަސްތައް) عدد ކޮށް ހިސާބުކުރައްވާ ބޭކަލުން ކުރެން އައްސަވާށެވެ!
-
114
قَـٰلَ إِن لَّبِثْتُمْ إِلَّا قَلِيلًا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ
Q̣aala ʹil labis̤tum ʹillaa q̣aleelal law ʹannakum kuñtum taʻlamoon!
އެކަލާނގެ وحي ކުރެއްވިއެވެ. ދާދި މަދުވަގުތުކޮޅަކު މެނުވީ ކަލޭމެން ލަސްވެނުތިބެއެވެ. އެގޮތް ކަލޭމެންނަށް އެނގޭނޭނަމައެވެ.
-
115
أَفَحَسِبْتُمْ أَنَّمَا خَلَقْنَـٰكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ
ʹAfaḥasibtum ʹannamaa khalaq̣naakum ʻabas̤añw Waʹannakum ʹilaynaa laa- turjaʻoon?
އަޅެފަހެ ތިމަންރަސްކަލާނގެ ކަލޭމެން ހައްދަވާފައިވަނީ ބޭކާރުގޮތެއްގައި ހަމަ ކުޅިވަރަށް ކަމުގައި ކަލޭމެން ހީކުރީހެއްޔެވެ؟ އަދި ކަލޭމެން ތިމަންރަސްކަލާނގެ حضرة އަށް އެނބުރި رُجوع ނުވާނޭކަމުގައި ހީކުރަނީހެއްޔެވެ؟
-
116
فَتَعَـٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۖ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْكَرِيمِ
Fataʻaalal laahul Malikul Ḥaq̣q̣: Laaa ʹilaaha ʹillaa Hoo: Rabbul ʻArshil Kareem!
(ފަހެ އެ مشرك ން) އެސިފަކުރާ ކަންތައްތައް ފިޔަވައި - شريك ން ފިޔަވައި - ﷲ تعالى މާމަތިވެރިވެވޮޑިގެންވެއެވެ. އެއީ ހުރިހާކަމެއްގެ ވެރި حقّ ވަންތަ ﷲ އެވެ. އެކަލާނގެ ފިޔަވައި (حقّ) إله އަކު ނުވެއެވެ. އެއީ މާތްވެގެންވާ عرش ގެ ވެރި ކަލާނގެއެވެ.
-
117
وَمَن يَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ لَا بُرْهَـٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ
Wa-mañy yadʻu maʻal laahi ʹilaahan ʹaakhara laa- burhaana lahoo bihee faʹinnamaa ḥisaabuhoo ʻiñda Rabbih! ʹInnahoo laa- yufliḥul Kaafiroon!
އަދި ﷲ އާއިއެކު އެހެން إله އަކަށް ގޮވާ دعاء ކޮށްފިމީހާ (ދަންނައެވެ.) އޭނާޔަށް އެކަމުގައި އެއްވެސް حجّة އެއް دليل އެއް ނުވެއެވެ. ފަހެ ހަމަކަށަވަރުން އޭނާގެ ހިސާބު އޭނާ ހައްދަވާބޮޑުކުރައްވާ ربّ ގެ حضرة ގައި އޮންނަހުއްޓެވެ. (އެފަދަ މީހުންނަކީ ކާފަރުންނެވެ.) ހަމަކަށަވަރުން ކާފަރުންނަށް ކާމިޔާބުނުވާހުއްޓެވެ.
-
118
وَقُل رَّبِّ ٱغْفِرْ وَٱرْحَمْ وَأَنتَ خَيْرُ ٱلرَّٰحِمِينَ
Wa-q̣ur Rabbig̣ fir warḥam wa-ʹAñta Khayrur raaḥimeen!
(އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! އޭއަޅުގެ ربّ އެވެ! މިއަޅާއަށް ފުއްސަވާދޭވެ! އަދި މިއަޅާއަށް رحمة ލައްވާންދޭވެ! އަދި އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެހެޔޮވެގެންވާ ކަލާނގެއެވެ.