Back to Quran

ސޫރަތްތައް 19

Maryam

Mary · Makki · 98 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    كٓهيعٓصٓ

    Kaaaf-Haa-Yaa-ʻAyyyñ-Ṣaaad.

    كهيعص (މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)

  2. 2

    ذِكْرُ رَحْمَتِ رَبِّكَ عَبْدَهُۥ زَكَرِيَّآ

    Ẓikru Raḥmati Rabbika ʻabdahoo Zakariyyaa.

    (އޭ رسول ﷲ އެވެ.) މިއީ ކަލޭގެފާނުންގެ ربّ އެކަލާނގެ އަޅާ زكريا عليه السّلام އަށް ލެއްވި رحمة ގެ ވާހަކަ بيان ކޮށްދެއްވުމުގެ ވާހަކައެވެ.

  3. 3

    إِذْ نَادَىٰ رَبَّهُۥ نِدَآءً خَفِيًّا

    ʹIẓ naadaa Rabbahoo nidaaaʹan khafiyyaa.

    އެކަލޭގެފާނު يعني: زكريا عليه السّلام އެކަލޭގެފާނުންގެ ربّ އަށް ވަންހަނާ ސިއްރުގޮތެއްގައި دعاء ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ.)

  4. 4

    قَالَ رَبِّ إِنِّى وَهَنَ ٱلْعَظْمُ مِنِّى وَٱشْتَعَلَ ٱلرَّأْسُ شَيْبًا وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا

    Q̣aala Rabbi ʹinnee wahanal ʻaz̤̣mu minnee washtaʻalar raʹsu shaybañw walam ʹakum biduʻaaaʹika Rabbi shaq̣iyyaa!

    އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ ކަށިތައް ބަލިކަށިވެ ضعيف ވެއްޖެއެވެ. (މުސްކުޅިވެގެންގޮސް) މިއަޅާގެ ބޮލުގައި ނުރަޖަހައި ނުރަގިނަވެއްޖެއެވެ. އޭ އަޅުގެ ربّ އެވެ. (މީގެކުރީގައިވެސް) އިބަރަސްކަލާނގެއަށް މިއަޅާ ދަންނަވާ دعاء ގައި އަބާއްޖަވެރި ނާކާމިޔާބު އަޅަކުކަމުގައި މިއަޅާ ނުވެއެވެ.

  5. 5

    وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى وَكَانَتِ ٱمْرَأَتِى عَاقِرًا فَهَبْ لِى مِن لَّدُنكَ وَلِيًّا

    Wa-ʹinnee khiftul mawaaliya miñw waraaaʹee wa-kaanat imraʹatee ʻaaq̣irañ fahab lee mil laduñka waliyyaa,―

    އަދި ހަމަކަށަވަރުން މިއަޅާ މަރުވުމަށްފަހު މިއަޅާގެ ބޮޑުބޭބެދަރިންނާއި ގާތްމީހުން (دين އަށް ފަރުވާތެރިނުވެ އަދި دين އަށް عمل ނުކޮށްފާނެކަމަށް) މިއަޅާ ބިރުވެތިވެއްޖައީމެވެ. އަދި މިއަޅާގެ އަންހެނުންނަކީ ދަރިން ނުލިބޭ މީހަކުކަމުގައިވިއެވެ. ފަހެ އެހެންވެ މިއަޅާއަށް އިބަރަސްކަލާނގެ حضرة ން ولى އަކު ދެއްވާނދޭވެ. ދަރިކަލަކު ދެއްވާނދޭވެ.

  6. 6

    يَرِثُنِى وَيَرِثُ مِنْ ءَالِ يَعْقُوبَ ۖ وَٱجْعَلْهُ رَبِّ رَضِيًّا

    Yaris̤unee wa-yaris̤u min ʹaali Yaʻq̣ooba wajʻalhu Rabbi raḍiyyaa!

    އެދަރިކަލުން މިއަޅާގެ މުދާވާރުތަކޮށް އަދި يعقوب عليه السّلام ގެ آل ންގެފަރާތުން نبي ކަން ވާރުތަކުރައްވާ ދަރިކަލަކުކަމުގައި ލައްވާނދޭވެ. އަދި އޭ އަޅުގެ ربّ އެވެ. އަދި އެދަރިކަލުންނަކީ ރުހެވިގެންވާ ދަރިކަލަކުކަމުގައި ލައްވާނދޭވެ. (އެބަހީ: އެދަރިކަލުންނާއިމެދު އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަދި އިބަރަސްކަލާނގެ އަޅުތަކުންވެސް ރުހޭ ދަރިކަލަކު ކަމުގައި ލައްވާނދޭވެ.)

  7. 7

    يَـٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَـٰمٍ ٱسْمُهُۥ يَحْيَىٰ لَمْ نَجْعَل لَّهُۥ مِن قَبْلُ سَمِيًّا

    Yaa-Zakariyyaaa ʹinnaa nubashshiruka big̣ulaamin ismuhoo Yaḥyaa lam najʻal lahoo miñ q̣ablu samiyyaa.

    (ﷲ تعالى އެކަލޭގެފާނުންގެ دعاء އިޖާބަކުރައްވައި އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) އޭ زكريّا (عليه السّلام) އެވެ. ހަމަކަށަވަރުން ކަލޭގެފާނަށް ދަރިކަލަކުދެއްވާނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވަމެވެ. އެދަރިކަލުންގެ ނަންފުޅަކީ يحيى އެވެ. އަދި އެނަން މީގެކުރީގައި އެއްވެސްމީހަކަށް ތިމަންރަސްކަލާނގެ ލައްވާފައިނުވާނެއެވެ. ނުވަތަ އެކަލޭގެފާނާ އެއްފަދަ އެކަކުވެސް ތިމަންރަސްކަލާނގެ މީގެކުރީގައި ނުލައްވަމެވެ.

  8. 8

    قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌ وَكَانَتِ ٱمْرَأَتِى عَاقِرًا وَقَدْ بَلَغْتُ مِنَ ٱلْكِبَرِ عِتِيًّا

    Q̣aala Rabbi ʹannaa yakoonu lee g̣ulaamuñw wakaanatim raʹatee ʻaaq̣irañw Waq̣ad balag̣tu minal kibari ʻitiyyaa?

    އެކަލޭގެފާނު يعني: زكريّا (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. މިއަޅާއަށް ދަރިކަލަކު ވާނީ ކޮންފަދައަކުންތޯއެވެ؟ މިއަޅާގެ އަންހެނުން ދަރިންނުވިހާ މީހަކު ކަމުގައިވިއެވެ. އަދި މިއަޅާ މުސްކުޅިވެ ދުވަސްވެގެންގޮސް ކަށިތައް މުޅިން ބަލިކަށިވެގެންވެއެވެ.

  9. 9

    قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَىَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْـًٔا

    Q̣aala kaẓaalik: q̣aala Rabbuka huwa ʻalayya hayyinuñw waq̣ad khalaq̣tuka miñ q̣ablu wa-lam taku shayʹaa!

    އެކަލާނގެ وحي ކުރެއްވިއެވެ. (ނުވަތަ މަލާއިކަތާ ވިދާޅުވިއެވެ.) ކަންތައްހުރީ އެފަދައިންނެވެ. ކަލޭގެފާނުންގެ ربّ وحي ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަކަމެކެވެ. އެހެނީ ހަމަކަށަވަރުން މީގެކުރިން ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީ ކަލޭގެފާނުންގެ އެއްވެސް އަސަރެއްނެތިއެވެ.

  10. 10

    قَالَ رَبِّ ٱجْعَل لِّىٓ ءَايَةً ۚ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَـٰثَ لَيَالٍ سَوِيًّا

    Q̣aala Rabbij ʻal leee ʹAayah. Q̣aala ʹAayatuka ʹallaa tukalliman naasa s̤alaas̤a layaaliñ sawiyyaa.

    އެކަލޭގެފާނުން ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. މިއަޅާއަށް އެކަމުގެ علامة އެއް ލައްވައިދެއްވާންދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އެކަމުގައި ކަލޭގެފާނަށްވާ علامة އަކީ ރަނގަޅަށް ސާފުކޮށް ތިންރޭވާންދެން މީސްތަކުންނާއި ވާހަކަފުޅު ނުދެއްކެވުމަށެވެ. (ދުލުގައި ދަތިކަމެއްހުރެގެން އިޝާރާތުން މީސްތަކުންނާއި ވާހަކަފުޅުދެއްކެވުމެވެ.)

  11. 11

    فَخَرَجَ عَلَىٰ قَوْمِهِۦ مِنَ ٱلْمِحْرَابِ فَأَوْحَىٰٓ إِلَيْهِمْ أَن سَبِّحُوا۟ بُكْرَةً وَعَشِيًّا

    Fakharaja ʻalaa q̣awmihee minal miḥraabi faʹawḥaaa ʹilayhim ʹañ sabbiḥoo bukratañw waʻashiyyaa.

    ދެންފަހެ އެކަލޭގެފާނު مِحْرَاب ން (ނަމާދުކުރައްވާ އަޅުކަންކުރައްވާތަނުން) ނުކުމެވަޑައިގެންފިއެވެ. އަދި ހެނދުނާއި ހަވީރު އެމީހުން تسبيح ކިއުމަށް އެކަލޭގެފާނު އެމީހުންނަށް (އިޝާރަތުން) އެންގެވިއެވެ.

  12. 12

    يَـٰيَحْيَىٰ خُذِ ٱلْكِتَـٰبَ بِقُوَّةٍ ۖ وَءَاتَيْنَـٰهُ ٱلْحُكْمَ صَبِيًّا

    Yaa-Yaḥyaa khuẓil Kitaaba biq̣uwwah: wa-ʹaataynaahul Ḥukma ṣabiyyaa.

    (ދެންފަހެ زكريّا عليه السّلام ގެފާނަށް يحيى ގެފާނު ލިބިވަޑައިގެންފިއެވެ.) އެހިނދު ﷲ تعالى އެކަލޭގެފާނަށް وحي ކުރެއްވިއެވެ. އޭ يحيى އެވެ. ކަލޭގެފާނު ފޮތުގައި يعني: توراة ގައި ގަދައަށް ހިފަހައްޓަވާށެވެ! އެބަހީ: އެފޮތުގައިވާގޮތަށް ރަނގަޅަށް عمل ކުރައްވާށެވެ! އަދި އޭ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ އެކަލޭގެފާނު ތުއްޕުޅުއިރު އެކަލޭގެފާނަށް حكم ދެއްވީމެވެ. ފޮތަށް ވިސްނާ فكر ކުރެއްވުމުގެ ބާރުދެއްވީމެވެ.

  13. 13

    وَحَنَانًا مِّن لَّدُنَّا وَزَكَوٰةً ۖ وَكَانَ تَقِيًّا

    Waḥanaanam mil ladunnaa wazakaah: wa-kaana taq̣iyyaa,

    އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. ނުވަތަ ތިމަންރަސްކަލާނގެ حضرة ންވާ ލޯބިވެތިކަމާއި މާތްކަމެއްގެގޮތުންނެވެ. އަދި ފާފައިން طاهر ވެވަޑައިގެން صالح عمل ކުރައްވާ ބޭކަލެއްގެ ގޮތުންނެވެ. ފަހެ އެކަލޭގެފާނު ވެވަޑައިގެންނެވީ تقوى ވެރި މާތް ބޭކަލަކު ކަމުގައެވެ.

  14. 14

    وَبَرًّۢا بِوَٰلِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا

    Wa-barram biwaalidayhi wa-lam yakuñ jabbaaran ʻaṣiyyaa.

    އަދި އެކަލޭގެފާނުންގެ މައިންބަފައިންނަށް ހެޔޮ އަދި ކިޔަމަންތެރި ބޭކަލަކުކަމުގައި ވިއެވެ. އަދި ބޮޑާ، ނުކިޔަމަންތެރި ބޭކަލަކުކަމުގައި އެކަލޭގެފާނު ވެވަޑައިނުގަންނަވައެވެ.

  15. 15

    وَسَلَـٰمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا

    Wa-Salaamun ʻalayhi yawma wulida wa-yawma yamootu wa-yawma yubʻas̤u ḥayyaa!

    އަދި އެކަލޭގެފާނު ރައްކައުވިދުވަހުގައްޔާއި އަދި އަވަހާރަވާދުވަހުގައްޔާއި އަދި އެކަލޭގެފާނު އަލުން ދިރުއްވައި محشر އަށް ފޮނުވޭދުވަހުވެސް އެކަލޭގެފާނުންގެ މައްޗަށް ސަލާމަތްކަމާއި އަމާންކަންހުއްޓެވެ.

  16. 16

    وَٱذْكُرْ فِى ٱلْكِتَـٰبِ مَرْيَمَ إِذِ ٱنتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا

    Waẓkur fil Kitaabi Maryam. ʹIẓiñ tabaẓat min ʹahlihaa makaanañ sharq̣iyyaa.

    (އޭ رسول ﷲ އެވެ.) މި ކީރިތި قرآن ން مَرْيَم ގެފާނުންގެ ވާހަކަ މީސްތަކުންނަށް ކަލޭގެފާނު ވިދާޅުވެދެއްވާށެވެ! އެކަމަނާ އެކަމަނާގެ أهل ވެރިންނާއި ދުރަށް مِحْرَاب ގެ އިރުމަތި ފަރާތަށް ނުކުމެވަޑައިގެން އެކަނިވެވަޑައިގެންނެވިހިނދުން (ކަންވީގޮތް ހަނދުމަފުޅު ކުރައްވާށެވެ!)

  17. 17

    فَٱتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَآ إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا

    Fattakhaẓat miñ doonihim ḥijaabaa. Faʹarsalnaaa ʹilayhaa rooḥanaa fatamas̤s̤ala lahaa basharañ sawiyyaa.

    ފަހެ އެކަމަނާ އެމީހުން ފިޔަވައި އެބަހީ: އެކަމަނާގެ أهل ވެރިން ފިޔަވައި އެމީހުންނަށް ނުފެންނާނެގޮތުން ނިވައެއް ހިއްޕެވިއެވެ. އެމީހުންނަށް ނުފެންނަގޮތަށް ނިވަޔަކަށް ވަޑައިގެންނެވިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެކަމަނާގެ އަރިހަށް ތިމަންރަސްކަލާނގެ رُوح ފޮނުއްވީމެވެ. އެބަހީ: جِبريل عليه السّلام ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެކަމަނާގެ ކުރިފުޅުމަތީގައި ފުރިހަމަ آدم ގެދަރިއެއްފަދައިން ފައުޅުވެވަޑައިގެންނެވިއެވެ.

  18. 18

    قَالَتْ إِنِّىٓ أَعُوذُ بِٱلرَّحْمَـٰنِ مِنكَ إِن كُنتَ تَقِيًّا

    Q̣aalat ʹinneee ʹaʻooẓu bir-Raḥmaani miñka ʹiñ kuñta taq̣iyyaa.

    އެކަމަނާ (އެކަލޭގެފާނަށް) ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެކިބައިން ސަލާމަތްކޮށްދެއްވުންއެދި رحمن ވަންތަ ކަލާނގެ حضرة ން އަހުރެން حماية އާއި ރައްކާތެރިކަން ލިބިގަންނަމެވެ. ކަލެއަކީ تقوى ވެރި މާތްމީހަކުކަމުގައިވަންޏާއެވެ. (އޭރު އެއީ ކާކު ކަމެއް އެކަމަނާއަށް އެގިވަޑައިނުގަންނަވައެވެ.)

  19. 19

    قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَـٰمًا زَكِيًّا

    Q̣aala ʹinnamaaa ʹana rasoolu Rabbiki liʹahaba laki g̣ulaamañ zakiyyaa.

    އެކަލޭގެފާނު ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ކަމަނާއަށް طاهر ދަރިކަލަކު ދެއްވުމަށް ކަމަނާގެ ربّ ފޮނުއްވި رسول އަކީމެވެ.

  20. 20

    قَالَتْ أَنَّىٰ يَكُونُ لِى غُلَـٰمٌ وَلَمْ يَمْسَسْنِى بَشَرٌ وَلَمْ أَكُ بَغِيًّا

    Q̣aalat ʹannaa yakoonu lee g̣ulaamuñw walam yamsasnee basharuñw walam ʹaku bag̣iyyaa?

    އެކަމަނާ ވިދާޅުވިއެވެ. އަހުރެންނަށް ދަރިކަލަކުވާނީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ އަހުރެންގެ ގައިގާ آدم ގެދަރިއަކު ނުބީހެއެވެ. އަދި ޒިނޭކުރާމީހަކުކަމުގައި އަހުރެން ނުވެއެވެ.

  21. 21

    قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَىَّ هَيِّنٌ ۖ وَلِنَجْعَلَهُۥٓ ءَايَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا

    Q̣aala kaẓaalik: q̣aala Rabbuki huwa ʻalayya hay-yin: wa-linajʻalahooo ʹAayatal linnaasi wa-Raḥmatam minnaa: wa-kaana ʹamram maq̣ḍiyyaa.

    އެކަލޭގެފާނު ވިދާޅުވިއެވެ. ކަންތައްހުރީ ކަމަނާ ތިޔަވިދާޅުވާގޮތަށެވެ. (ކަމަނާގެ ގައިގާ آدم ގެދަރިއަކު ނުބީހެއެވެ. އަދި ކަމަނާއަކީ ޒިނޭކުރާ މީހެއްނޫނެވެ.) ނަމަވެސް ކަމަނާގެ ربّ وحي ކުރެއްވީ އެކަމަކީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެއްކަމަށެވެ. (އެބަހީ: ކަމަނާއަށް ދަރިކަލަކު ދެއްވުމަކީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެއްކަމަށެވެ.) އަދި އެދަރިކަލުން ތިމަންރަސްކަލާނގެ ލައްވާހުށީ މީސްތަކުންނަށްވާ (ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) علامة އެއްކަމުގައެވެ. އަދި ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްކަމުގައެވެ. އަދި އެކަމަކީ ﷲ ގެ علم ފުޅުގައި ނިޔާކުރެވިގެންވާ ކަމެއްކަމުގައިވިއެވެ.

  22. 22

    ۞ فَحَمَلَتْهُ فَٱنتَبَذَتْ بِهِۦ مَكَانًا قَصِيًّا

    Faḥamalathu fañtabaẓat bihee makaanañ q̣aṣiyyaa.

    ދެންފަހެ އެކަމަނާ އެދަރިކަލުންނާއިގެން އާލާސްވެ އިންނަވައިފިއެވެ. (އެދަރިކަލުންނަކީ عيسى عليه السّلام އެވެ.) އަދި އެކަމަނާ އެކަމަނާގެ ބަނޑުފުޅުގައިވާ އެދަރިކަލުންނާއިގެން ދުރު ހިސާބަކަށް ވަޑައިގެން މީސްތަކުންނާއި ވަކިވެވަޑައިގެންފިއެވެ.

  23. 23

    فَأَجَآءَهَا ٱلْمَخَاضُ إِلَىٰ جِذْعِ ٱلنَّخْلَةِ قَالَتْ يَـٰلَيْتَنِى مِتُّ قَبْلَ هَـٰذَا وَكُنتُ نَسْيًا مَّنسِيًّا

    Faʹajaaaʹahal makhaaḍu ʹilaa jiẓʻin nakhlah; q̣aalat yaa-laytanee mittu q̣abla haaẓaa wa-kuñtu nasyam mañsiyyaa!

    އަދި ކަދުރު ރުކެއްގެގާތުގައި އެކަމަނާ ރައްކާވުމުގެ ވޭންވަރުފުޅުއަތުވެއްޖެއެވެ. އެކަމަނާ ވިދާޅުވިއެވެ. އަހުރެންނަށް މިކަންޖެހުމުގެ ކުރިން އަހުރެން މަރުވެގެންގޮސް (މީސްތަކުންގެ ހިތްތަކުން) އަހުރެން އެކީއެކައްޗަކަށް ހަނދާނެތުނު މީހަކުކަމުގައިވީނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟ (އަދި އެކަމަނާ عيسى عليه السّلام އާއިގެން ރައްކައުވެވަޑައިގެންނެވިއެވެ.)

  24. 24

    فَنَادَىٰهَا مِن تَحْتِهَآ أَلَّا تَحْزَنِى قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا

    Fanaadaahaa miñ taḥtihaaa ʹallaa taḥzanee q̣ad jaʻala Rabbuki taḥtaki sariyyaa;

    ދެންފަހެ އެކަމަނާގެދަށުން ނުވަތަ އެކަމަނާގެ ތިރިން ނުވަތަ ފަހަތުން އެކަމަނާއަށް ނިދާއިއްވެވުނެވެ. އެކަމަނާއަށް ގޮވާލެއްވުނެވެ. ކަމަނާ ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ކަމަނާގެ ربّ ކަމަނާގެ ތިރީގައި ތިޔަވަނީ ފެންކޯރެއް ލައްވާފައެވެ.

  25. 25

    وَهُزِّىٓ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَـٰقِطْ عَلَيْكِ رُطَبًا جَنِيًّا

    Wa-huzzeee ʹilayki bijiẓʻin nakhlati tusaaq̣iṭ ʻalayki ruṭabañ janiyyaa.

    އަދި ކަމަނާ ކަދުރުރުއް ކަމަނާގެގާތަށް ދަންމަވާ ހަލުވާލައްވާށެވެ! އޭރުން ކަމަނާއަށް ފައްކާވެފައިވާ މޮޅު މަޑު ކަދުރު ފައިބާނެއެވެ.

  26. 26

    فَكُلِى وَٱشْرَبِى وَقَرِّى عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ ٱلْبَشَرِ أَحَدًا فَقُولِىٓ إِنِّى نَذَرْتُ لِلرَّحْمَـٰنِ صَوْمًا فَلَنْ أُكَلِّمَ ٱلْيَوْمَ إِنسِيًّا

    Fakulee washrabee wa-q̣arree ʻaynaa. Faʹimmaa tarayinna minal bashari ʹaḥadañ faq̣ooleee ʹinnee naẓartu lir-Raḥmaani ṣawmañ falan ʹukallimal yawma ʹiñsiyyaa.

    ފަހެ ކަމަނާ ކަދުރު ފަރީކުޅުއްވައި ފެންފޮދު ހިއްޕަވައި ހިތްޕުޅު ހަމަޖައްސަވާށެވެ. އަދި ކަމަނާއަށް އާދަމުގެދަރިއަކު ފެނިވަޑައިގެންފިއްޔާ "އަހުރެން މިހުރީ رحمن ވަންތަ ﷲ އަށް ރޯދައަށޭ މިއަދު އެއްވެސް މީހަކާ އަހުރެން ވާހަކަ ނުދައްކާހުށީމެވެ." މިހެން ވިދާޅުވާށެވެ. • ދަންނައެވެ. އެޒަމާނުގައި ރޯދަވެރިޔާ ރޯދައަށް ހުރެގެން ވާހަކަ ދެއްކުން ނޯންނަކަމުގައި ވެއެވެ. = تفسيرطبري =\nއަދި މިކަމަނާއަށް މިއިވަޑައިގެންނެވި އަޑުތަކަކީ غَيْبُ ގެގޮތުން ﷲ تعالى جبريل عليه السّلام ފޮނުއްވައިގެން އިއްވެވި ވާހަކަތަކެއްކަމަށާއި އަދި އެއީ ސީދާ عيسى عليه السّلام ވިދާޅުވި ބަސްފުޅުތަކެއްކަމަށާއި މިގޮތްގޮތަށް تفسير ފޮތްފޮތުގައި بيان ވެގެންވެއެވެ. މިދެގޮތުންކުރެ ކޮންމެގޮތަކީވެސް ﷲ تعالى ގެ حضرة އަށް ބޮޑުކަމެއްކަމުގައި ނުވެއެވެ. والله أعلم.

  27. 27

    فَأَتَتْ بِهِۦ قَوْمَهَا تَحْمِلُهُۥ ۖ قَالُوا۟ يَـٰمَرْيَمُ لَقَدْ جِئْتِ شَيْـًٔا فَرِيًّا

    Faʹatat bihee q̣awmaahaa taḥmiluh. Q̣aaloo yaa-Maryamu laq̣ad jiʹti shayʹañ fariyyaa.

    ދެންފަހެ އެކަމަނާ އެދަރިކަލުންނާއިގެން (ރައްކައުވުމަށްފަހު) އެދަރިކަލުން ހިއްޕަވައިގެން އެކަމަނާގެ قوم ގެ މީހުންގެތެރެއަށް ވަޑައިގެންނެވިއެވެ. އަދި އެމީހުން ދެންނެވިއެވެ. އޭ مَرْيم އެވެ. ކަމަނާ ތިޔަކުރެއްވީ ވަރަށްވެސް ބޮޑުވެގެންވާ ކަމެކެވެ. (ވަރަށް ހަޑިހުތުރު فاحش ކަމެކެވެ.)

  28. 28

    يَـٰٓأُخْتَ هَـٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا

    Yaaaʹukhta Haaroona maa- kaana ʹabookim raʹa sawʹiñw wamaa kaanat ʹummuki bag̣iyyaa!

    އޭ هَارون ގެ أخت އެވެ. ކަމަނާގެ ބައްޕައަކީ ނުބައި ނުލަފާ މީހަކުކަމުގައި ނުވެއެވެ. އަދި ކަމަނާގެ މަންމައަކީ ޒިނޭކުރާމީހަކު ކަމުގައި ނުވެއެވެ. (ކަމަނާގެ ފަރާތުން އެފަދަކަމެއް ފާޅުވީ ކީއްވެގެންތޯއެވެ؟)

  29. 29

    فَأَشَارَتْ إِلَيْهِ ۖ قَالُوا۟ كَيْفَ نُكَلِّمُ مَن كَانَ فِى ٱلْمَهْدِ صَبِيًّا

    Faʹashaarat ʹilayh. Q̣aaloo kayfa nukallimu mañ kaana fil mahdi ṣabiyyaa?

    ފަހެ އެކަމަނާ އެތުއްޕުޅު ދަރިކަލުންނަށް إشارة ކޮށްލެއްވިއެވެ. (އެކަމަނާގެ إشارة ން މުރާދުކުރެވެނީ ކަލޭމެން އެދަރިކަލުންނާއި ވާހަކަ ދައްކާށެވެ!) އެހިނދު އެމީހުން ދެންނެވިއެވެ. ހަމަދެންމެ ވިހެއި ކުޑަކުއްޖަކާއި އަހުރެމެން ވާހަކަ ދައްކާނީ ކޮންފަދައަކުންތޯއެވެ؟

  30. 30

    قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَـٰبَ وَجَعَلَنِى نَبِيًّا

    Q̣aala ʹinnee ʻAbdul laah: ʹaataaniyal Kitaaba wa-jaʻalanee Nabiyyaa;

    އެހިނދު އެދަރިކަލުން يعني: عيسى عليه السّلام ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ﷲ ގެ އަޅާއެވެ. އެކަލާނގެ އަހުރެންނަށް ފޮތް ދެއްވައިފިއެވެ. އެބަހީ: ފޮތްދެއްވުމަށް ނިޔާކުރައްވައިފިއެވެ. އަދި އަހުރެންނަކީ نبي އަކުކަމުގައި އެކަލާނގެ ލައްވައިފިއެވެ.

  31. 31

    وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَـٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّا

    Wa-jaʻalanee mubaarakan ʹayna maa kuñtu, wa-ʹawṣaanee biṣ-Ṣalaati waz-Zakaati maa- dumtu ḥayyaa:

    އަދި އަހުރެންވީ ކޮންމެތަނެއްގައި އަހުރެންނަކީ بركاة ލެއްވިގެންވާ މީހަކުކަމުގައި އެކަލާނގެ ލައްވައިފިއެވެ. މީސްތަކުންނަށް منفع ބޮޑުމީހަކު ކަމުގައި އެކަލާނގެ ލައްވައިފިއެވެ. (އެކަލޭގެފާނުންގެ އެންމެބޮޑު އެއްމަންފާއެއްކަމުގައިވީ ހެޔޮކަންތަކަށް أمر ކުރެއްވުމާއި مُنكَراة ނަހީކުރެއްވުންކަމުގައިވިއެވެ.) އަދި އަހުރެން ދިރިހުރިހާ ހިނދަކު ނަމާދުކުރުމަށާއި زكاة ދިނުމަށް އެކަލާނގެ އަހުރެންނަށް وصيّة ކުރައްވައިފިއެވެ. އަމުރުކުރައްވައިފިއެވެ.

  32. 32

    وَبَرًّۢا بِوَٰلِدَتِى وَلَمْ يَجْعَلْنِى جَبَّارًا شَقِيًّا

    Wa-barram biwaalidatee wa-lam yajʻalnee jabbaarañ shaq̣iyyaa;

    އަދި އަހުރެން އަހުރެންގެ މަންމައަށް ހެޔޮކޮށްހިތައި މާތްކޮށް ހިތުމަށް އެކަލާނގެ އަހުރެންނަށް وصيّة ކުރެއްވިއެވެ. އަދި ބޮޑާ؛ ކިބުރުވެރި އަބާއްޖަވެރިއަކު ކަމުގައި އެކަލާނގެ އަހުރެން ނުލައްވައެވެ.

  33. 33

    وَٱلسَّلَـٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا

    Was-Salaamu ʻalayya yawma wulittu wa-yawma ʹamootu wa-yawma ʹubʻas̤u ḥayyaa!

    އަދި އަހުރެން ދުނިޔެއަށް އައިދުވަހުގައްޔާއި އަދި އަހުރެން މަރުވާދުވަހުގައްޔާއި އަދި އަހުރެން އަލުން ދިރިގެން محشر އަށް ފޮނުއްވޭދުވަހުވެސް އަހުރެންގެމައްޗަށް شيطان އާ އާއި އޭނާގެ لشكر ގެ ނުރައްކަލުން އަމާންކަމާއި ސަލާމަތްކަން ހުއްޓެވެ.

  34. 34

    ذَٰلِكَ عِيسَى ٱبْنُ مَرْيَمَ ۚ قَوْلَ ٱلْحَقِّ ٱلَّذِى فِيهِ يَمْتَرُونَ

    Ẓaalika ʻEesab nu Maryam: q̣awlal ḥaq̣q̣il laẓee feehi yamtaroon.

    (ﷲ تعالى وحي ކުރެއްވިއެވެ.) އެއީ مَرْيَم ގެފާނުންގެ ދަރިކަލުން عيسى އެވެ. އެބަހީ: އިސްވެދިޔަ ވާހަކަތަކަކީ مرْيم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) ގެ ވާހަކައެވެ. އެއީ حقّ ވާހަކަތަކެކެވެ. އެމީހުން އެވާހަކަތަކާއިމެދު جدل ކޮށް އަރައިރުންވަނީއެވެ.

  35. 35

    مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍ ۖ سُبْحَـٰنَهُۥٓ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

    Maa- kaana lillaahi ʹañy yattakhiẓa miñw waladiñ Subḥaanah! ʹIẓaa q̣aḍaaa ʹamrañ faʹinnamaa yaq̣oolu lahoo Kuñ Fayakoon.˺

    އެއްވެސްދަރިކަލަކު ހިއްޕަވައި ދަރިކަލަކު إختيار ކުރުމަކީ އެއްގޮތަކަށްވެސް ﷲ އަށް އޮތް ކަމެއްނޫނެވެ. އެކަށީގެންވާކަމެއްނޫނެވެ. އެކަލާނގެ އެފަދަ އެ އެންމެހައި ކަންތަކުން ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އެކަލާނގެ ކަމަކަށް އިރާދަކުރައްވައި ނިޔާކުރައްވަންޏާ ހަމަކަށަވަރުން އެކަމަކަށް އެކަލާނގެ "ވާށޭ" وحي ކުރައްވައެވެ. ދެން އެހައިރުން އެކަމެއް އެވަނީއެވެ. (عيسى ގެފާނު ހެއްދެވުންވެސް ހަމައެފަދައެވެ.) عيسى عليه السّلام އެއީ ﷲ ގެ ދަރިކަލެއްނޫނެވެ. އެއީ ހަމަ آدم ގެ ދަރިއެކެވެ.

  36. 36

    وَإِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ

    Wa-ʹinnal laaha Rabbee wa-Rabbukum faʻbudooh: haaẓaa Ṣiraaṭum Mustaq̣eem.

    އަދި ހަމަކަށަވަރުން ﷲ އީ އަހުރެންނާއި ކަލޭމެންގެވެސް ربّ އެވެ. ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް އެކަނި އަޅުކަންކުރާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ. (حقّ ސީދާ دين އަކީ އެއީއެވެ.)

  37. 37

    فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِن مَّشْهَدِ يَوْمٍ عَظِيمٍ

    Fakhtalafal ʹaḥzaabu mim baynihim: fawaylul lillaẓeena kafaroo mim Mashhadi yawmin ʻaz̤̣eem!

    ދެންފަހެ (عيسى عليه السّلام އާއިމެދު) އެމީހުންގެމެދުގައި އެކިއެކި جماعة ތައް إختلاف ވެ ދެބަސްވެއްޖެއެވެ. ފަހެ އެންމެހައި މީސްތަކުން އެއްވާ ބޮޑު جماعة އަށް އެމީހުން حاضر ވާދުވަހު ކާފަރުވީ މީސްތަކުންނަށް ނަރަކައިގެ ގަދަ عذاب ހުއްޓެވެ.

  38. 38

    أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا ۖ لَـٰكِنِ ٱلظَّـٰلِمُونَ ٱلْيَوْمَ فِى ضَلَـٰلٍ مُّبِينٍ

    ʹAsmiʻ bihim wa-ʹabṣir Yawma yaʹtoonanaa laakiniz̤̣ z̤̣aalimoonal yawma fee ḍalaalim mubeen!

    އެ ކާފަރުވީ މީސްތަކުން ތިމަންރަސްކަލާނގެ حضرة އަށް އަންނަދުވަހު އެމީހުންގެ އަޑު އިވުމުގެ ގަދަކަމާއެވެ! އަދި އެމީހުންގެ ފެނުމުގެ ބޮޑުކަމާއެވެ! ނަމަވެސް އަނިޔާވެރިވީ މީސްތަކުން މިއަދު މިދުނިޔޭގައި އެވަނީ (حقّ ފެނުމާމެދު މުޅިން ކަނުވެ އަދި حقّ އިވުމާމެދު) މުޅިން ބީރުވެ بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ. • ދަންނައެވެ. عيسى عليه السّلام ﷲ އުޑަށް އުފުއްލެވުމުން އެކަލޭގެފާނުންގެ قوم ގެ މީހުން ހަތަރުބަޔަކަށް ބެހިގެން ދިޔައެވެ. އެ أمّة ގެމީހުން ހަތަރު فقه ވެރިން إختيار ކޮށް عيسى عليه السّلام އާއިމެދު މިހަތަރު މީހުން ބުނަނީ ކީކޭތޯ؟ ބެލީއެވެ. • އެތަނުން ފުރަތަމަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭހެއްޔެވެ. ޖަވާބުގައި އެމީހާ يعني: فقه ވެރިޔާ ވިދާޅުވިއެވެ. "އެއީ ﷲ އެވެ. ބިމަށް ވޮޑިގަތީއެވެ. ދެން ހައްދަވަންވީ އެއްޗެއް ހައްދަވައި ދިރުއްވާންވީ އެއްޗެއް ދިރުއްވާ ދެން އުޑަށް ވޮޑިގެންނެވީއެވެ." މިއީ އެ فقه ވެރިޔާގެ ބަހެވެ. އޭނާގެ އެބަހާއި މިސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ اَلْيَعْقُوْبِيَّة ކިޔާ فِرْقَة ކަމުގައެވެ. - ދެން އަނެއް ތިން فقه ވެރިން އޭނާޔާ ދިމާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ދެވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ؟ އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ النَّسْطُورِيَّة އެވެ ކިޔާ فِرْقَة ކަމުގައެވެ. ދެންތިބި އަނެއް ދެ فقه ވެރިން އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ތިންވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ. އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ إله އެކެވެ. އަދި އޭނާގެ މަންމައަކީ إله އެކެވެ. އަދި ﷲ އެއީ إله އެކެވެ. މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ إسْرَائِيْلِيَّة އެވެ ކިޔާ فرقة ކަމުގައެވެ. ދެން ހަތަރުވަނައަށް އިންމީހާ އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކުކަމުގައި އަހުރެން ހެކިވަމެވެ. • އަދި ހަތަރުވަނަމީހާ ބުންޏެވެ. އެހެންނަކުން ނޫނެވެ. عيسى (عليه السّلام) އެއީ ﷲ ގެ އަޅާއެވެ. އަދި އެކަލާނގެ رسول އާއެވެ. އެއީ ﷲ ގެ كلمة ފުޅެވެ. އަދި އެކަލާނގެ روح އެވެ. = تفسير الطبري =\nދެންފަހެ މިއެންމެފަހުން އެބުނިމީހާ އެބުނީ حقّ ބަހެވެ. قرآن بيان ކޮށްދޭގޮތެވެ. އެނޫން އެހެންގޮތެއް ކަމުނުދާނެ حقّ ތެދުގޮތެވެ.

  39. 39

    وَأَنذِرْهُمْ يَوْمَ ٱلْحَسْرَةِ إِذْ قُضِىَ ٱلْأَمْرُ وَهُمْ فِى غَفْلَةٍ وَهُمْ لَا يُؤْمِنُونَ

    Waʹañẓirhum Yawmal Ḥasrati ʹiẓ q̣uḍiyal ʹamr. Wa-hum fee g̣aflatiñw wahum laa- yuʹminoon!

    (ﷲ تعالى وحي ކުރެއްވިއެވެ. އޭ رسول ﷲ އެވެ.) ހިތާމައިގެ ދުވަހުގެ ވާހަކައިން ކަލޭގެފާނު އެމީހުންނަށް إنذار ކުރައްވާށެވެ! ބިރުވެރިކަމުގެ خبر ދެއްވާށެވެ! އެއީ (ހިސާބުބެއްލެވުމުގެ) އެންމެހައި ކަންތައް ނިމެވިގެންދާހިނދުންނެވެ. އެމީހުން އެވަނީ މިދުނިޔޭގައި غافل ވެގެންވާ حال ގައެވެ. (ކަށްވަޅުތަކުން ނުކުމެގެން ﷲ ގެ حضرة އަށް ދިއުމާއި ހިސާބު ބެއްލެވުމާ ޖަޒާދެއްވުމާއި މި މިކަންކަމަށް غافل ވެގެންނެވެ.) އެމީހުން إيمان އެއް ނުވެއެވެ. އެއިން އެއްވެސް ކަމެއް ތެދުނުކުރެއެވެ.

  40. 40

    إِنَّا نَحْنُ نَرِثُ ٱلْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ

    ʹInnaa Naḥnu naris̤ul ʹarḍa wa-man ʻalayhaa wa-ʹilaynaa yurjaʻoon.

    އަދި ހަމަކަށަވަރުން ބިމާއި އަދި ބިމުގެ މަތީގައިވާހާބަޔަކު (ބިމުގައި ވާހާބަޔަކު) ވާރުތަކުރާހުށީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި އެ އެންމެން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.

  41. 41

    وَٱذْكُرْ فِى ٱلْكِتَـٰبِ إِبْرَٰهِيمَ ۚ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا

    Waẓkur fil Kitaabi ʹIbraaheem: ʹinnahoo kaana Ṣiddeeq̣an Nabiyyaa.

    (އޭ رسول ﷲ އެވެ.) އަދި މި ކީރިތި قرآن ން إبراهيم عليه السّلام ގެ ވާހަކަ ކަލޭގެފާނު (އެ مشرك ންނަށް) ކިޔައިދެއްވާށެވެ. ހަމަކަށަވަރުން އެ إبراهيم عليه السّلام ވެވަޑައިގެންނެވީ ތެދުވެރި ބޭކަލަކު ކަމުގައެވެ. އަދި نبي ބޭކަލަކު ކަމުގައެވެ.

  42. 42

    إِذْ قَالَ لِأَبِيهِ يَـٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًٔا

    ʹIẓ q̣aala liʹabeehi yaaaʹabati lima taʻbudu maa laa- yasmaʻu wa-laa yubṣiru wa-laa yug̣nee ʻañka shayʹaa?

    އެކަލޭގެފާނު އެކަލޭގެފާނުންގެ ބައްޕައަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ. އެކަލޭގެފާނު (ބައްޕައަށް) ވިދާޅުވިއެވެ. އޭ އަހުރެންގެ ބައްޕާއެވެ. ކަންފަތަށް އަޑުނުއިވޭ އަދި ލޮލަށް ނުފެންނަ ތަކެއްޗަށް އަދި ބައްޕައަށް އެއްވެސްކަމެއް ފުއްދައި ނުދެވޭތަކެއްޗަށް ބައްޕަ އަޅުކަންކުރަނީ ކީއްވެތޯއެވެ؟

  43. 43

    يَـٰٓأَبَتِ إِنِّى قَدْ جَآءَنِى مِنَ ٱلْعِلْمِ مَا لَمْ يَأْتِكَ فَٱتَّبِعْنِىٓ أَهْدِكَ صِرَٰطًا سَوِيًّا

    Yaaaʹabati ʹinnee q̣ad jaaaʹanee minal ʻilmi maa- lam yaʹtika fattabiʻneee ʹahdika Ṣiraaṭañ sawiyyaa.

    އޭ އަހުރެންގެ ބައްޕާއެވެ! علم ގެތެރެއިން ބައްޕައަށް އެނގިގެންނުވާ ތަކެތި ހަމަކަށަވަރުން އަހުރެންނަށް އެނގެއެވެ. އެހެންވެ ބައްޕަ އަހުރެންނާއި تبع ވާށެވެ! އޭރުން އަހުރެން ބައްޕައަށް ހަމަ ސީދާ ތެދުމަގުދައްކާހުށީމެވެ.

  44. 44

    يَـٰٓأَبَتِ لَا تَعْبُدِ ٱلشَّيْطَـٰنَ ۖ إِنَّ ٱلشَّيْطَـٰنَ كَانَ لِلرَّحْمَـٰنِ عَصِيًّا

    Yaaaʹabati laa- taʻbudish Shayṭaan: ʹinnash Shayṭaana kaana lir-Raḥmaani ʻaṣiyyaa.

    އޭ އަހުރެންގެ ބައްޕާއެވެ. ބައްޕަ شيطان އާއަށް އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން شيطان އާވަނީ رحمن ވަންތަ ކަލާނގެއަށް އުރެދިފައެވެ.

  45. 45

    يَـٰٓأَبَتِ إِنِّىٓ أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ ٱلرَّحْمَـٰنِ فَتَكُونَ لِلشَّيْطَـٰنِ وَلِيًّا

    Yaaaʹabati ʹinneee ʹakhaafu ʹañy yamassaka ʻAẓaabum minar Raḥmaani fatakoona lish-Shayṭaani waliyyaa.

    އޭ އަހުރެންގެ ބައްޕާއެވެ. އަހުރެން ބިރުގަންނަނީ رحمن ވަންތަ ކަލާނގެ حضرة ން ބައްޕައަށް عذاب އެއް އައިސް ޖެހިދާނެތީއެވެ. އޭރުން ދެން شيطان އާ ގެ ولى އަކުކަމުގައި އަދި އޭނާއަށް نصر ދޭ މީހަކުކަމުގައި ބައްޕަ ވެދާނެއެވެ. (ދެން އޭނާއާއެކު ނަރަކައިގައި އޮންނާން ޖެހިދާނެއެވެ.)

  46. 46

    قَالَ أَرَاغِبٌ أَنتَ عَنْ ءَالِهَتِى يَـٰٓإِبْرَٰهِيمُ ۖ لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَ ۖ وَٱهْجُرْنِى مَلِيًّا

    Q̣aala ʹaraag̣ibun ʹañta ʻan ʹaalihatee yaaaʹIbraaheem? Laʹil lam tañtahi laʹarjumannaka wahjurnee maliyyaa!

    ފަހެ އެކަލޭގެފާނުންގެ ބައްޕަ (އެކަލޭގެފާނަށް) ދެންނެވިއެވެ. އޭ إبراهيم އެވެ. ކަލޭ އަހުރެންގެ إله ންތަކަށް ފުރަގަސްދީ ހުތުރު އެއްޗެތިކިޔަނީހެއްޔެވެ؟ އަދި ކަލޭ އެކަންތަކުން ހުއްޓައިނުލައިފިއްޔާ (ބުދުތަކަށް ހުތުރު އެއްޗެތިކިއުން ދޫކޮށްނުލައިފިއްޔާ) ހަމަކަށަވަރުން އަހުރެން ކަލޭގެ رَجَمُ ކޮށްފާހުށީމެވެ. އަދި ސީދާ އަހުރެންނާއި ކަލޭ ދުރުވެގެންނާށެވެ!

  47. 47

    قَالَ سَلَـٰمٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّىٓ ۖ إِنَّهُۥ كَانَ بِى حَفِيًّا

    Q̣aala Salaamun ʻalayk: saʹastag̣firu laka Rabbee: ʹinnahoo kaana bee Ḥafiyyaa.

    އެކަލޭގެފާނު يعني: إبراهيم عليه السّلام ވިދާޅުވިއެވެ. ބައްޕައަށް سلام އެވެ. ނިކަންހުރެ އަހުރެން ބައްޕައަށް ފާފަފުއްސެވުން އެދި އަހުރެންގެ ربّ ގެ حضرة ގައިދަންނަވާހުށީމެވެ. ހަމަކަށަވަރުން އެކަލާނގެ އަހުރެންނަށް ނުހަނު އޯގާވަންތަވެވޮޑިގެންވިއެވެ.

  48. 48

    وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ ٱللَّهِ وَأَدْعُوا۟ رَبِّى عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّى شَقِيًّا

    Wa-ʹaʻtazilukum wa-maa tadʻoona miñ doonil laahi wa-ʹadʻoo Rabbee ʻasaaa ʹallaaa ʹakoona biduʻaaaʹi Rabbee shaq̣iyyaa.

    އަދި ކަލޭމެންނާއި ކަލޭމެން ﷲ ފިޔަވައި ތިޔަ އަޅުކަންކުރާތަކެތީންވެސް އަހުރެން ވަކިވާހުށީމެވެ. އަދި އަހުރެން އަހުރެންގެ ربّ އަށް دعاء ކޮށް އަޅުކަންކުރާހުށީމެވެ. އަދި އަހުރެން އަހުރެންގެ ربّ އަށް ކުރާ دعاء އާއި އަޅުކަން އަހުރެން އަބާއްޖަވެރިއަކުކަމުގައި ނުލެއްވުން أمّيد ކުރެވެއެވެ.

  49. 49

    فَلَمَّا ٱعْتَزَلَهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ وَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ ۖ وَكُلًّا جَعَلْنَا نَبِيًّا

    Falammaʻ tazalahum wa-maa yaʻbudoona miñ doonil laahi wahabnaa lahooo ʹIsḥaaq̣a wa-Yaʻq̣oob: wa-kullañ jaʻalnaa nabiyyaa.

    ދެންފަހެ އެކަލޭގެފާނުން އެމީހުންގެ ކިބައިންނާއި އަދި ﷲ ފިޔަވައި އެމީހުން އެއަޅުކަންކުރާ ތަކެތީން (އެބުދުތަކުން) ދުރުވެ ވަކިވީހިނދުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إسحق ގެފާނު ދެއްވީމެވެ. އަދި يعقوب ގެފާނު (ކާފަދަރިކަލެއްގެގޮތުން) ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކުވެސް نبي ބޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.

  50. 50

    وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا

    Wa-wahabnaa lahum mir Raḥmatinaa wa-jaʻalnaa lahum lisaana ṣidq̣in ʻaliyyaa.

    އަދި ތިމަންރަސްކަލާނގެ رحمة ން އެބޭކަލުންނަށް ތަނަވަސްކަން ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި އެބޭކަލުންނަށް މަތިވެރިވެގެންވާ ތެދުވެރި ثناء އާއި تعريف ދެއްވީމެވެ. (ހުރިހާ أمّة އެއްގައިވެސް އެބޭކަލުންނަށް تعريف އާއި ثناء ވެއެވެ.) والله أعلم.

  51. 51

    وَٱذْكُرْ فِى ٱلْكِتَـٰبِ مُوسَىٰٓ ۚ إِنَّهُۥ كَانَ مُخْلَصًا وَكَانَ رَسُولًا نَّبِيًّا

    Waẓkur fil Kitaabi Moosaaa ʹinnahoo kaana mukhlaṣañw wakaana Rasoolan Nabiyyaa.

    އަދި އޭ رسول ﷲ އެވެ. ކަލޭގެފާނު މި ކީރިތި قرآن ން މީސްތަކުންނަށް موسى عليه السّلام ގެ ވާހަކަ ކިޔައިދޭށެވެ. ވިދާޅުވެދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނު ވެވަޑައިގެންނެވީ إختيار ކުރެއްވިގެންވާ ބޭކަލަކުކަމުގައެވެ. (رسول ކަމަށާއި ﷲ ގެ ބަސްފުޅު وحي ކުރެއްވުމަށް إختيار ކުރެއްވިގެންވާ ބޭކަލަކުކަމުގައެވެ.) އަދި އެކަލޭގެފާނު ވެވަޑައިގަންނަވަނީ رسول ބޭކަލަކުކަމުގައެވެ. އަދި نبي ބޭކަލަކުކަމުގައެވެ.

  52. 52

    وَنَـٰدَيْنَـٰهُ مِن جَانِبِ ٱلطُّورِ ٱلْأَيْمَنِ وَقَرَّبْنَـٰهُ نَجِيًّا

    Wa-naadaynaahu miñ jaanibiṭ Ṭooril ʹaymani wa-q̣arrabnaahu najiyyaa.

    އަދި ތިމަންރަސްކަލާނގެ طور ފަރުބަދައިގެ ކައިރިން އެކަލޭގެފާނުން ކަނައަތްޕުޅު ފަރާތުން އެކަލޭގެފާނަށް نِدَاء އިއްވެވީމެވެ. (ގޮވައިލެއްވީމެވެ.) އަދި مُنَاجاه ދެންނެވުމުގެގޮތުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ގާތްކުރެއްވީމެވެ.

  53. 53

    وَوَهَبْنَا لَهُۥ مِن رَّحْمَتِنَآ أَخَاهُ هَـٰرُونَ نَبِيًّا

    Wa-wahabnaa lahoo mir Raḥmatinaaa ʹakhaahu Haaroona Nabiyyaa.

    އަދި ތިމަންރަސްކަލާނގެ رحمة ން އެކަލޭގެފާނުންގެ أخ هارون (عليه السّلام) نبي އަކުކަމުގައި ހައްދަވައި އެކަލޭގެފާނަށް ތާއީދުކުރެއްވުމަށް ފޮނުއްވީމެވެ.

  54. 54

    وَٱذْكُرْ فِى ٱلْكِتَـٰبِ إِسْمَـٰعِيلَ ۚ إِنَّهُۥ كَانَ صَادِقَ ٱلْوَعْدِ وَكَانَ رَسُولًا نَّبِيًّا

    Waẓkur fil Kitaabi ʹIsmaaʻeel; ʹinnahoo kaana ṣaadiq̣al waʻdi wa-kaana Rasoolan Nabiyyaa.

    އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނު މި ކީރިތި قرآن ން މީސްތަކުންނަށް إسماعيل (عليه السّلام) ގެ ވާހަކަ ވިދާޅުވެދެއްވާށެވެ. ހަމަކަށަވަރުން وعد ފުޅު ތެދު (އިތުރުފުޅު ނުހައްދަވާ) ބޭކަލަކުކަމުގައި އަދި رسول ބޭކަލަކުކަމުގައްޔާއި نبي ބޭކަލަކުކަމުގައި އެކަލޭގެފާނު ވެވަޑައިގެންނެވިއެވެ.

  55. 55

    وَكَانَ يَأْمُرُ أَهْلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرْضِيًّا

    Wa-kaana yaʹmuru ʹahlahoo biṣ-Ṣalaati waz-Zakaah; wa-kaana ʻiñda Rabbihee marḍiyyaa.

    އަދި އެކަލޭގެފާނު އެކަލޭގެފާނުންގެ أهل ވެރިންނަށް ނަމާދުކުރުމަށާއި زكاة ދިނުމަށް އަމުރުކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުންގެ ربّ ގެ حضرة ގައި ރުހެވިގެންވާ ބޭކަލަކުކަމުގައި އެކަލޭގެފާނުން ވެވަޑައިގެންނެވިއެވެ.

  56. 56

    وَٱذْكُرْ فِى ٱلْكِتَـٰبِ إِدْرِيسَ ۚ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا

    Waẓkur fil Kitaabi ʹIdrees: ʹinnahoo kaana ṣiddeeq̣an Nabiyyaa:

    އަދި ކަލޭގެފާނު ކީރިތި قرآن ން މީސްތަކުންނަށް إدريس (عليه السّلام) ގެ ވާހަކަ ވިދާޅުވެދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނު ވެވަޑައިގެންނެވީ (އިތުރުފުޅު ނުހައްދަވާ) ތެދުވެރި ބޭކަލަކުކަމުގައެވެ. އަދި نبي ބޭކަލަކުކަމުގައެވެ.

  57. 57

    وَرَفَعْنَـٰهُ مَكَانًا عَلِيًّا

    Wa-rafaʻnaahu makaanan ʻaliyyaa.

    އަދި މަތިވެރި ދަރަޖައަކަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ.

  58. 58

    أُو۟لَـٰٓئِكَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَٰهِيمَ وَإِسْرَٰٓءِيلَ وَمِمَّنْ هَدَيْنَا وَٱجْتَبَيْنَآ ۚ إِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُ ٱلرَّحْمَـٰنِ خَرُّوا۟ سُجَّدًا وَبُكِيًّا ۩

    ʹUlaaaʹikal laẓeena ʹanʻamal laahu ʻalayhim minan nabiyyeena miñ ẓurriyyati ʹAadama, wa-mimman ḥamalnaa maʻa Nooḥ, wa-miñ ẓurriyyati ʹIbraaheema wa-ʹIsraaaʹeela wa-mimman hadaynaa wajtabaynaa. ʹIẓaa tutlaa ʻalayhim ʹAayaatur Raḥmaani kharroo sujjadañw wabukiyyaa.

    އެބޭބޭކަލުންނަކީ (އެބަހީ: އިސްވެދިޔަ އާޔަތްތަކުގައި ނަންގަނެވިގެންވާ رسول ންނާއި نبي އިންނަކީ) نبي ބޭކަލުންކުރެން އެބޭކަލުންގެމައްޗަށް ތިމަންރަސްކަލާނގެ نعمة ލެއްވި (خاصّ) ބޭބޭކަލުންނެވެ. އެއީ آدم (عليه السّلام) ގެ ދަރިކޮޅުންނާއި އަދި نُوحُ عليه السّلام އާއިއެކު ތިމަންރަސްކަލާނގެ އުފުއްލެވި ބޭކަލުންގެ ދަރިކޮޅުންނާއި އަދި إبراهيم عليه السّلام އާއި يعقوب عليه السّلام ގެ ދަރިކޮޅުންނާއި އަދި ތިމަންރަސްކަލާނގެ ތެދުމަގުދައްކަވައި إختيار ކުރެއްވި ބޭބޭކަލުންނެވެ. އެބޭކަލުންގެމައްޗަށް رحمن ވަންތަ ކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ އެބޭކަލުން ކީރިތިކުރައްވާ حال سجدة އަށް ތިރިވެވަޑައިގަންނަވައެވެ.

  59. 59

    ۞ فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ ۖ فَسَوْفَ يَلْقَوْنَ غَيًّا

    Fakhalafa mim baʻdihim khalfun ʹaḍaaʻuṣ Ṣalaata wattabaʻush shahawaati fasawfa yalq̣awna g̣ayyaa.

    ދެންފަހެ މި ބޭބޭކަލުންގެފަހުން އެހެން ބައިގަނޑެއް އައެވެ. އެބައިމީހުން ނަމާދު ނަގައިލާ އަދި شهوة ތަކާއި (شَهْوَانى އެދުންތަކާއި) ތަބާވިއެވެ. (އެފަދަ މީހުން ފަހުން އަންނާނެއެވެ.) އެފަދަ މީހުންނާއި ނިކަންހުރެ غَيُّ އާއި ބައްދަލުވާހުއްޓެވެ. (ނަރަކައިގެ عذاب ގަދަވެގެންވާ وَادى އެއްކަމުގައިވާތަނަށް ލެވޭނެއެވެ.)

  60. 60

    إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًا فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ شَيْـًٔا

    ʹIllaa mañ taaba wa-ʹaamana wa-ʻamila ṣaaliḥañ faʹulaaaʹika yadkhuloonal Jannata wa-laa yuz̤̣lamoona shayʹaa,

    އޭގެތެރެއިން (ދުނިޔޭގައިތިބެ) توبة ވެ صالح عمل ކުރިމީހުން މެނުވީއެވެ. ފަހެ އެފަދަމީހުން ސުވަރުގެ ވަންނަހުއްޓެވެ. އަދި އެއްވެސް ބާވަތެއްގެ އަނިޔާއެއް އެމީހުންނަށް ނުވެވޭނެއެވެ.

  61. 61

    جَنَّـٰتِ عَدْنٍ ٱلَّتِى وَعَدَ ٱلرَّحْمَـٰنُ عِبَادَهُۥ بِٱلْغَيْبِ ۚ إِنَّهُۥ كَانَ وَعْدُهُۥ مَأْتِيًّا

    Jannaati ʻAdninil latee waʻadar Raḥmaanu ʻibaadahoo bil-G̣ayb: ʹinnahoo kaana waʻduhoo maʹtiyyaa.

    އެމީހުން އެދުވަހުން ވަންނާނެ ސުވަރުގެއަކީ قائم ވެތިބޭ ބަގީޗާތަކެކެވެ. އެއީ رحمن ވަންތަ ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވުމަށް غَيْبُ ގައި (އެބަހީ: ނުފެނި) އެކަލާނގެ وَعْدُ ކުރައްވާފައިވާ ބަގީޗާތަކެވެ. ހަމަކަށަވަރުން އެކަލާނގެ وعد ފުޅު އެއީ ކަނޑައެޅިގެން އޮންނާނެކަމެކެވެ. ހިނގާނެ ކަމެކެވެ.

  62. 62

    لَّا يَسْمَعُونَ فِيهَا لَغْوًا إِلَّا سَلَـٰمًا ۖ وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيًّا

    Laa- yasmaʻoona feehaa lag̣wan ʹillaa Salaamaa: wa-lahum rizq̣uhum feehaa bukratañw waʻashiyyaa.

    އެމީހުން އެސުވަރުގޭގައިތިބޭއިރު އެއްވެސް ބާވަތެއްގެ باطل އަދި ބޭކާރު ވާހަކައެއް ނުއަހާނެއެވެ. މަލާއިކަތް ބޭކަލުންގެ ސަލާމްމެނުވީ ނުއަހާނެއެވެ. (ملائكة ބޭކަލުން ސަލާމްކުރައްވާނެއެވެ.) އަދި އެތާނގައި އެމީހުންގެ ރިޒުގު ހެނދުނާއި ހަވީރު އެމީހުންނަށް ލިބިލިބިހުންނާނެއެވެ. (މިހެނދުނާއި ހަވީރުގެ ނިސްބަތް މިއީ ދުނިޔޭގެ ނިސްބަތުގައެވެ. އެހެނީ قيامة ދުވަހުން ހެނދުނާއި ހަވީރެއް ނުވެއެވެ.)

  63. 63

    تِلْكَ ٱلْجَنَّةُ ٱلَّتِى نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّا

    Tilkal Jannatul latee nooris̤u min ʻibaadinaa mañ kaana taq̣iyyaa.

    އެސުވަރުގެއަކީ ތިމަންރަސްކަލާނގެއަށް تقوى ވެރިވީ އަޅުތަކުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށް ދެއްވާނެ ސުވަރުގެއެވެ.

  64. 64

    وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُۥ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ وَمَا كَانَ رَبُّكَ نَسِيًّا

    Wa-maa natanazzalu ʹillaa biʹamri Rabbik: lahoo maa- bayna ʹaydeenaa wa-maa khalfanaa wa-maa bayna ẓaalika: wa-maa kaana Rabbuka nasiyyaa,

    جبريل عليه السّلام ވިދާޅުވިއެވެ. (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ربّ ގެ އަމުރުފުޅަށްމެނުވީ ތިމަންކަލޭގެފާނު ފައިބާވަޑައި ނުގަންނަވާހުށީމެވެ. (ކަލޭގެފާނުންގެ އަރިހަށް ވަޑައިނުގަންނަވާހުށީމެވެ.) އަހުރެމެންގެ ކުރިމަތީގައި އަންނަންއޮތް آخرة ދުވަހާއި އަދި އަހުރެމެންގެ ފަހަތަށް ދޫކޮށްފައިވާ މިދާ ދުނިޔެއާއި އަދި އެދެމެދުގައި ވާހާ ކަމަކާއި މިހުރިހާކަމެއް މިލްކުވެ خاصّ ވެގެންވަނީ ކަލޭގެފާނުންގެ ربّ އަށެވެ. އަދި އެއިން އެއްވެސް ކަމެއް ކަލޭގެފާނުންގެ ربّ ހަނދުމަނެތިވެވޮޑިގެން ނުވެއެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވި ސަބަބެއްކަމުގައި تفسير ފޮތްތަކުގައި ބަޔާންވެގެންވެއެވެ. رسول ﷲ ﷺ جبريل عليه السّلام އަށް ދެންނެވިއެވެ. ކަލޭގެފާނު މިހާރު ތިޔަވަޑައިގަންނަވާ ވަރަށްވުރެ ގިނައިން ވަޑައިނުގަންނަވަނީ ކީއްވެތޯއެވެ؟ މިސުވާލާއި ގުޅިގެން އިސްވެދިޔަ އާޔަތް ބާވައިލެއްވިކަމުގައިވިއެވެ. والله أعلم.

  65. 65

    رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَـٰدَتِهِۦ ۚ هَلْ تَعْلَمُ لَهُۥ سَمِيًّا

    Rabbus samaawaati wal-ʹarḍi wa-maa baynahumaa faʻbudhu waṣṭabir liʻibaadatih: hal taʻlamu lahoo samiyyaa?

    އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތީގެވެރި ربّ އެވެ. ފަހެ އެހެންވެ ކަލޭގެފާނު އެކަލާނގެއަށް ހަމައެކަނި އަޅުކަންކުރައްވާށެވެ. އަދި އެކަލާނގެއަށް އަޅުކަންކުރެއްވުމުގައި ކެތްތެރިވެވަޑައިގަންނަވާށެވެ. އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް إله އަކު ކަލޭގެފާނަށް އެނގިވަޑައިގަންނަވައިތޯއެވެ؟

  66. 66

    وَيَقُولُ ٱلْإِنسَـٰنُ أَءِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا

    Wa-yaq̣oolul ʹiñsaanu ʹa-ʹiẓaa maa mittu lasawfa ʹukhraju ḥayyaa?

    އަދި (آخرة ދުވަސް قبول ނުކުރާ) އިންސާނާ ބުނެއެވެ. އަހުރެން މަރުވެދިއުމަށްފަހު ދިރިގެން އަލުންވެސް ކައްވަޅުތަކުން ނެރެވިގެން (محشر އަށް) ފޮނުއްވޭނޭހެއްޔެވެ؟

  67. 67

    أَوَلَا يَذْكُرُ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن قَبْلُ وَلَمْ يَكُ شَيْـًٔا

    ʹAwalaa yaẓkurul ʹiñsaanu ʹannaa khalaq̣naahu miñ q̣ablu wa-lam yaku shayʹaa?

    ފަހެ އެ އިންސާނާގެ އެއްވެސް އަސަރެއްވެސް ހިލަމެއްވެސް ނެތިސް ތިމަންރަސްކަލާނގެ އެއިންސާނާ ހެއްދެވިކަން އޭނާ ފަހެ ހަނދާން ނުކުރާނޭބާވައެވެ؟ (އޭނާ އެކަން ހަނދާންކުރާނެނަމަ، އެފަދަ ބަހެއް އޭނާ ބުނާނީ ކޮންފަދައަކުންހެއްޔެވެ؟)

  68. 68

    فَوَرَبِّكَ لَنَحْشُرَنَّهُمْ وَٱلشَّيَـٰطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا

    Fawa-Rabbika lanaḥshurannahum washshayaaṭeena s̤umma lanuḥḍirannahum ḥawla Jahannama jis̤iyyaa;

    ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ހަމަކަށަވަރުން އެމީހުންނާއި (އެބަހީ: آخرة قبول ނުކުރާ މީހުންނާއި) އަދި ޝައިތާނުންތައް ތިމަންރަސްކަލާނގެ محشر ގެ ميدان އަށް އެއްކުރައްވާހުށީމެވެ. އަދި ނަރަކައިގެ ވަށައިގެން ކަކޫމައްޗަށް ތިރިކުރައްވާފައި ތިމަންރަސްކަލާނގެ އެމީހުން حاضر ކުރާހުށީމެވެ. • ދަންނައެވެ. މިއާޔަތުގެتفسير ގައި مفسّر ންގެ ވާހަކަ ތަފާތުވެގެންވެއެވެ. މިތާ މިވަނީ ހަމައެކަނި ބޭރުފުށުން މާނަ އެކަނި ލިޔެލެވިފައެވެ.

  69. 69

    ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى ٱلرَّحْمَـٰنِ عِتِيًّا

    S̤umma lanañziʻanna miñ kulli sheeʻatin ʹayyuhum ʹashaddu ʻalar Raḥmaani ʻitiyyaa.

    ދެން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް އެންމެ ނުކިޔަމަންތެރިކަންގަދަމީހުން އެ ކޮންމެ جماعة އަކުންވެސް ތިމަންރަސްކަލާނގެ ނެރުއްވާހުށީމެވެ.

  70. 70

    ثُمَّ لَنَحْنُ أَعْلَمُ بِٱلَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا

    S̤umma lanaḥnu ʹaʻlamu billaẓeena hum ʹawlaa bihaa ṣiliyyaa.

    ދެން އަދި އެމީހުންގެތެރެއިން އެންމެ ގަދަ عذاب ގައި ތިބެންވާނީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަންކަށަވަރެވެ.

  71. 71

    وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا

    Wa-ʹim miñkum ʹillaa waariduhaa: kaana ʻalaa Rabbika Ḥatmam maq̣ḍiyyaa.

    އަދި އެނަރަކައިގެމަތީން ދާންނުޖެހޭނެ އެކަކުވެސް ކަލޭމެންގެތެރެއިން ނުވެއެވެ. • (އެކަންވާގޮތެއްކަމުގައި ބުނެވިގެންވަނީ: صِرِاطَ الْمُسْتَقِيْم އެވެ ކިއުނު މަގުވަނީ ނަރަކައިގެ މަތިން ދެމިފައެވެ. އެންމެންވެސް އެމަގުން ދާންޖެހެއެވެ. އެމީހެއްގެ عمل ގައި ހުރި ހެޔޮނުބައިކަމަކުން އެމަގުން ދިއުމުގެ އުނދަގޫކަމާއި ފަސޭހަކަންވެއެވެ. ވިދާލި ވިދުވަރެއްހެން ދާމީހުންވެއެވެ. ފިރުކެމުން ދެމެމުންދާ މީހުންވެއެވެ. ނުބައިނުލަފާމީހުން މަގުންކަހައިލައިގެން ނަރަކައަށް ވެއްޓޭކަމުގައިވެއެވެ. والله أعلم)\nފަހެ އެންމެންވެސް އެމަގުން ދިއުމަކީ ކަލޭގެފާނުންގެ ربّ ކަނޑައަޅުއްވާ ނިންމަވާފައިވާ ކަމެކެވެ.

  72. 72

    ثُمَّ نُنَجِّى ٱلَّذِينَ ٱتَّقَوا۟ وَّنَذَرُ ٱلظَّـٰلِمِينَ فِيهَا جِثِيًّا

    S̤umma nunajjil laẓeenat taq̣aw wanaẓaruz̤̣ z̤̣aalimeena feehaa jis̤iyyaa.

    ދެންފަހެ تقوى ވެރި މާތްމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރައްވާ މިންޖުކުރައްވަމެވެ. އަދި އަނިޔާވެރިން - (مشرك ން) އެނަރަކައިގެތެރެއަށް އެމީހުންގެ ކަކޫތަކުގެމައްޗަށް ދޫކޮށްލަމެވެ.

  73. 73

    وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَىُّ ٱلْفَرِيقَيْنِ خَيْرٌ مَّقَامًا وَأَحْسَنُ نَدِيًّا

    Wa-ʹiẓaa tutlaa ʻalayhim ʹAayaatunaa bayyinaatiñ q̣aalal laẓeena kafaroo lillaẓeena ʹaamanooo ʹayyul fareeq̣ayni khayrum Maq̣aamañw Waʹaḥsanu Nadiyyaa?

    އަދި بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެމައްޗަށް (އެމީހުންދުނިޔޭގައި ތިބިއިރު) ކިޔެވިއްޖެއްޔާ إيمان ވީ މީހުންނާއި ދިމާއަށް ކާފަރުން ބުނާނެއެވެ. އަހުރެމެން ދެބައިމީހުންކުރެން (އެބަހީ: އީމާންވީމީހުންނާ ކާފަރުންނާއި ދެބައިމީހުންކުރެން) ތިބޭތަނުގެގޮތުންނާއި މަޖްލިސްކުރާ ނާދީގެގޮތުން ރަނގަޅުވެފައި ހެޔޮވެގެންވަނީ ކޮންބައެއްހެއްޔެވެ؟ (އަހުރެމެން ނޫންހެއްޔެވެ؟)

  74. 74

    وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَحْسَنُ أَثَـٰثًا وَرِءْيًا

    Wa-kam ʹahlaknaa q̣ablahum miñ q̣arnin hum ʹaḥsanu ʹas̤aas̤añw Wariʹyaa?

    މި مكّة ގެ ކާފަރުންގެކުރިން ކިތައްކިތައް قَرْن ގެމީހުން - ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމުހެއްޔެވެ؟ (އެބަހީ: ވަރަށްގިނަ أمّة ހަލާކުކުރެއްވީމެވެ.) އަދި އެމީސްމީހުން (މި مكّة ގެ أهل ވެރިންނަށްވުރެ) ގެވެހި ކަންވާރުގެގޮތުންނާއި އަދި ރިވެތިކަމާއި منظر ގެގޮތުން މާރީތިވެފައި ރަނގަޅެވެ.

  75. 75

    قُلْ مَن كَانَ فِى ٱلضَّلَـٰلَةِ فَلْيَمْدُدْ لَهُ ٱلرَّحْمَـٰنُ مَدًّا ۚ حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ إِمَّا ٱلْعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَانًا وَأَضْعَفُ جُندًا

    Q̣ul mañ kaana fiḍ ḍalaalati falyamdud lahur Raḥmaanu maddaa: ḥattaaa ʹiẓaa raʹaw maa- yooʻadoona ʹimmal ʻaẓaaba wa-ʹimmas Saaʻah. Fasayaʻlamoona man huwa sharrum makaanañw waʹaḍʻafu juñdaa!

    އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! މަގުފުރެދުމުގެތެރޭގައިވާ މީހާ ދަންނައެވެ. رحمن ވަންތަ މާތްރަސްކަލާނގެ އޭނާ އެމަގުފުރެދުމުގެތެރޭގައި ދަމަހައްޓަވާށިއެވެ! ދެންފަހެ އެފަދަމީހުންނަށް وعد ވެވިގެންވާ ކަންތައް އެމީހުންނަށް ފެނިއްޖައުމަށްދާންދެންނެވެ. އެއެއްޗަކީ އެހެންޏާ (ދުނިޔޭގައި) އެމީހުންނަށް عذاب އައުމެވެ. ނުވަތަ قيامة ދުވަހުގެ عذاب އެވެ. އޭރުން ދެން ތަނުގެގޮތުން ނުބައިވެގެންވަނީ ކޮންބައެއްކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. އަދި لشكر ގެގޮތުން ނިކަމެތިވެގެންވަނީ ކޮންބައެއްކަންވެސް ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.

  76. 76

    وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَوْا۟ هُدًى ۗ وَٱلْبَـٰقِيَـٰتُ ٱلصَّـٰلِحَـٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا

    Wa-yazeedul laahul laẓeenah tadaw Hudaa; wal-Baaq̣iyaatuṣ Ṣaaliḥaatu khayrun ʻiñda Rabbika s̤awaabañw wakhayrum maraddaa.

    އަދި އީމާންވެ ތެދުމަގު ލިބިގަތްމީހުންނަށް ﷲ ތެދުމަގު އިތުރުކޮށްދެއްވައެވެ. (އެއީ އެކަލާނގެ أمر ތަކަށް ކިޔަމަންވުމާއި އެކަލާނގެ ނަހީތަކުން ދުރުވެގަތުމުގެ توفيق އެމީހުންނަށް އެކަލާނގެ ދެއްވުމެވެ. އޭރުން އީމާންކަން އަބަދުވެސް އިތުރުވޭވެ ހުންނާނެއެވެ.) އަދި (އޭ رسول ﷲ އެވެ.) بَاقِيَات الصَّالِحَات - ثواب ގެ ގޮތުންނާއި رجوع ވާތަނާއި ފަހުކޮޅުގެ ގޮތުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި މާހެޔޮވެގެންވެއެވެ. • ދަންނައެވެ. بَاقِيَات الصَّالِحَات އާއިމެދު - كَهْفُ ސޫރަތުގެ 46 ވަނަ އާޔަތުގައި ކޮންމެވެސް ވާހަކަ ދެކެވިފައިވާނެއެވެ. އެތަނުން ބައްލަވައިލެއްވުން އެދެވެއެވެ.

  77. 77

    أَفَرَءَيْتَ ٱلَّذِى كَفَرَ بِـَٔايَـٰتِنَا وَقَالَ لَأُوتَيَنَّ مَالًا وَوَلَدًا

    ʹAfaraʹaytal laẓee kafara biʹAayaatinaa wa-q̣aala laʹootayanna maalañw wawaladaa?

    ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީމީހާ ކަލޭގެފާނު ދެކެވަޑައިގެންނެވީމުތޯއެވެ. އޭނާޔާ ބެހޭގޮތުން ނިކަން خبر ދީބަލާށެވެ. އަދި އޭނާ ބުންޏެވެ. އަހުރެންނަށް ހަމަކަށަވަރުން މުދަލާއި ދަރިން ދެއްވޭނެއެވެ. އެބަހީ: قيامة ދުވަހުންވެސް މުދަލާއި ދަރިންދެއްވޭނެއެވެ. • ދަންނައެވެ. މިއާޔަތުގައި މިނަންގަނެވޭ މީހަކީ العَاصُ بنُ اْلوَائِلُ السَّهْمِى ކަމުގައި ބުނެވުނެވެ. رسول ﷲ ﷺ ގެ أصحاب ބޭކަލުންގެ ބަޔަކަށް އޭނާ އަދާކުރަންވެފައިވާ ދަރަންޏެއް އޮތްކަމުގައިވިއެވެ. އޭނާގެ އަތުން އެތަކެތި ލިބިގަތުމަށް އެބޭކަލުން ވަޑައިގަތުމުން އޭނާ ބުންޏެވެ. ސުވަރުގޭގައި ރަނާއި ރިއްސާއި ފަށުވި ފޭރާމާ އަދި ހުރިހާ ވައްތަރެއްގެ މޭވާ ހުންނަކަމުގައި ކަލޭމެން ހީކުރަމުނޫންހެއްޔެވެ؟ އެބޭކަލުން ވިދާޅުވިއެވެ. އެއީ ތެދެކެވެ. ދެން އޭނާ ބުނެފިއެވެ. ކަލޭމެންގެ ތިޔަކަމުގެ ވަގުތުއޮތީ ތިޔަބުނާ آخرة ދުވަހުންނެވެ. އަދި ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެންނަށް މުދަލާއި ދަރިންދެއްވޭނެއެވެ. އަދި ކަލޭމެންނަށް ތިޔަވާ ފޮތްކަހަލަ ފޮތެއްވެސް ދެއްވޭނެއެވެ. ދެންފަހެ އޭނާގެ މިސާލު އޭނާގެ ވާހަކަ قرآن ގައި بيان ކުރެއްވިއެވެ. އަދި އެހެނިހެން ރިވާޔަތްވެސް އެބަހުއްޓެވެ. = تفسير الطبري =

  78. 78

    أَطَّلَعَ ٱلْغَيْبَ أَمِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًا

    ʹAṭ-ṭalaʻal G̣ayba ʹamit takhaẓa ʻiñdar Raḥmaani ʻahdaa?

    އޭނާ ފަހެ އެހެން އެބުނީ އޭނާއަށް غيب އެނގިގެންހެއްޔެވެ؟ ނުވަތަ رحمن ވަންތަ ﷲ ގެ حضرة ން އޭނާ عهد އެއް ހިފީހެއްޔެވެ؟ (އެބަހީ: އޭނާ ﷲ އަށް އީމާންވެ صالح عمل ކުރީހެއްޔެވެ. އެހެންވެސް ނޫނެވެ. ހަމަ ބުނާ ހުސް ބުނުމެކެވެ.)

  79. 79

    كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلْعَذَابِ مَدًّا

    Kallaa! Sanaktubu maa- yaq̣oolu wa-namuddu lahoo minal ʻaẓaabi maddaa.

    އެއްގޮތަކަށްވެސް އޭނާ އެބުނާގޮތެއް ނުވާނެއެވެ. އޭނާ އެބުނާ އެއްޗެއް ނިކަންހުރެ ތިމަންރަސްކަލާނގެ ލިއުއްވާހުށީމެވެ. އެއީ އޭނާގެ މުދަލާއި ދަރިންނެވެ. އަދި عذاب ގެތެރޭގައި ތިމަންރަސްކަލާނގެ އޭނާ ދަމަހައްޓަވާހުށީމެވެ.

  80. 80

    وَنَرِثُهُۥ مَا يَقُولُ وَيَأْتِينَا فَرْدًا

    Wanaris̤uhoo maa- yaq̣oolu wa-yaʹteenaa fardaa.

    އަދި އޭނާ އެބުނާތަކެތި އެބަހީ: ދަރިންނާއި މުދާ ތިމަންރަސްކަލާނގެ ވާރުތަކުރާހުށީމެވެ. އަދި قيامة ދުވަހުން އޭނާ ތިމަންރަސްކަލާނގެ حضرة އަށް އަންނާނީ ހަމައެކަންޏެވެ.

  81. 81

    وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لِّيَكُونُوا۟ لَهُمْ عِزًّا

    Wattakhaẓoo miñ doonil laahi ʹaalihatal liyakoonoo lahum ʻizzaa!

    އަދި އެމީހުން އެބަހީ: އެ مشرك ން ﷲ ފިޔައި إله ންތަކެއް ހިފައި إختيار ކުރީއެވެ. އެއީ އެމީހުންނަށް އެތަކެތީގެފަރާތުން عزّة އާއި ބާރުލިބޭނެކަމަށެވެ. ނުވަތަ عذاب ން ސަލާމަތްކުރާނެ ކަމަށެވެ. شفاعة ތެރިވާނޭކަމަށެވެ.

  82. 82

    كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا

    Kallaa! sayakfuroona biʻibaadatihim wa-yakoonoona ʻalayhim ḍiddaa.

    އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެމީހުން އެތަކެއްޗަށް އެކުރާ އަޅުކަމާމެދު (قيامة ދުވަހުން) އެތަކެތި އެމީހުންނާ އިދިކޮޅުހަދާނެއެވެ. އަދި އެތަކެތި ވާނީ ދިމާ އެމީހުންގެ އިދިކޮޅަށެވެ.

  83. 83

    أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَـٰطِينَ عَلَى ٱلْكَـٰفِرِينَ تَؤُزُّهُمْ أَزًّا

    ʹAlam tara ʹannaaa ʹarsalnash shayaaṭeena ʻalal kaafireena taʹuzzuhum ʹazzaa?

    (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކާފަރުންގެމައްޗަށް ޝައިތާނުން ފޮނުއްވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައިތޯއެވެ؟ އެސޮރުމެން އެކާފަރުންގެ މީހުން މަގުފުރެއްދުމާއި އޮޅުވައިލުމުގައި ގަދަޔަށް حركاة ތެރިވެ މަސައްކަތްކުރެއެވެ. އުރެދުމުގެތެރެއަށް ވައްޓާލައެވެ.

  84. 84

    فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّا

    Falaa taʻjal ʻalayhim: ʹinnamaa naʻuddu lahum ʻaddaa.

    ފަހެ ކަލޭގެފާނު އެމީހުންނަށް عذاب އައުމަށް އަވަސްވެވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ عمل ތަކާއި އަދި އެމީހުންގެ ނޭވާތައް عدد ކުރައްވައި ބައްލަވަމެވެ. ހިސާބުކުރައްވަމެވެ.

  85. 85

    يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَـٰنِ وَفْدًا

    Yawma naḥshurul Muttaq̣eena ʹilar Raḥmaani wafdaa,

    تقوى ވެރި މާތްމީހުން ތިމަންރަސްކަލާނގެ محشر ކުރައްވައި އެއްކުރައްވާދުވަސް (ހަނދުމަފުޅުކުރައްވާށެވެ.) އެދުވަހުން އެމީހުން جماعة جماعة އަށް ބައިބަޔަށް رحمن ވަންތަ حضرة އަށް އަންނާނެއެވެ.

  86. 86

    وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا

    Wa-nasooq̣ul mujrimeena ʹilaa Jahannama wirdaa.

    އަދި ނުބައިމީހުން - مجرم ން - ފެންބޮވައި ކަރުހިތްކައިގެންވާ حال ތިމަންރަސްކަލާނގެ އެމީހުން ނަރަކައަށް ދަމާގެންދާހުށީމެވެ.

  87. 87

    لَّا يَمْلِكُونَ ٱلشَّفَـٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًا

    Laa- yamlikoonash shafaaʻata ʹillaa manit takhaẓa ʻiñdar Raḥmaani ʻahdaa.

    (مؤمن ން އެއްބަޔަކު އަނެއްބަޔަކަށް شفاعة ތެރިވަމުންދާއިރު) މިކާފަރުންނަށް އެއްވެސް شفاعة އެއް މިލްކުވެގެން ނުވާނެއެވެ. ހަމައެކަނި رحمن ވަންތަ ރަސްކަލާނގެ حضرة ން عهد އެއް ހިފައިފައިވާ މީހަކުމެނުވީއެވެ. (އެބަހީ: އެކަލާނގެ حضرة އަށް إيمان ވެ صالح عمل ކޮށް رسول އަށް إيمان ވެ ނަހީކުރެއްވި ކަންތަކުން ދުރުވެގަތްމީހަކުމެނުވީއެވެ. އެފަދަމީހުންނަށް شفاعة ވެއެވެ.

  88. 88

    وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًا

    wa-q̣aalut takhaẓar Raḥmaanu waladaa!

    އަދި އެމީހުން ބުންޏެވެ. رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕަވައިފިއެވެ. ދަރިކަލަކު إختيار ކުރައްވައިފިއެވެ.

  89. 89

    لَّقَدْ جِئْتُمْ شَيْـًٔا إِدًّا

    Laq̣ad jiʹtum shayʹan ʹiddaa!

    (އޭ މިތިބަ ކާފަރުންނޭވެ!) ކަލޭމެން އެހެން ބުނެފިއްޔާ އެބުނީ ހަމަ ވަރަށްބޮޑުވެގެންވާ ބަހެކެވެ.

  90. 90

    تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا

    Takaadus samaawaatu yatafaṭṭarna minhu wa-tañshaq̣ q̣ul-ʹarḍu wa-takhirrul jibaalu haddaa,

    އޭގެސަބަބުން އުޑުތައް ފަޅަފަޅައިގެންދިއުން ގާތްވެގެންވެއެވެ. އަދި ބިންގަނޑު ކަނޑަކަނޑައިގެންގޮސް އަދި ފަރުބަދަތައް ހަލާކުވެ ކުދިކުދިވެ ތިރިވުން ގާތްވެގެންވާ ވަރުގެ ވާހަކައެކެވެ.

  91. 91

    أَن دَعَوْا۟ لِلرَّحْمَـٰنِ وَلَدًا

    ʹAñ daʻaw lir-Raḥmaani waladaa.

    رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމުގައި ބުނުމަކީ އެފަދަ ބޮޑުކުށެކެވެ.

  92. 92

    وَمَا يَنۢبَغِى لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا

    Wa-maa yambag̣ee lir-Raḥmaani ʹañy yattakhiẓa waladaa.

    رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕެވުމަކީ، ދަރިކަލަކު إختيار ކުރެއްވުމަކީ އެއްގޮތަކަށްވެސް އެކަލާނގެއަށް އެކަށީގެންވާ ކަމެއްނޫނެވެ. ބޭނުންވެވޮޑިގެންވާކަމެއްނޫނެވެ. އެކަލާނގެ އަމިއްލަޒާތުފުޅާއިގެން ފުދިވޮޑިގެންވެއެވެ.

  93. 93

    إِن كُلُّ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ إِلَّآ ءَاتِى ٱلرَّحْمَـٰنِ عَبْدًا

    ʹIñ kullu mañ fis samaawaati wal-ʹarḍi ʹillaaa ʹaatir Raḥmaani ʻabdaa.

    رحمن ވަންތަ ﷲ އަށް އަޅެއްގެގޮތުގައި އަންނާނެ مخلوق އެއްމެނުވީ އުޑުތަކާއި ބިމުގައި ނުވެއެވެ. (އެބަހީ: ކޮންމެ مخلوق އެއްވެސް قيامة ދުވަހުން ﷲ ގެ އަޅެއްގެގޮތުގައި އެކަލާނގެ حضرة އަށް އަންނާނެއެވެ.)

  94. 94

    لَّقَدْ أَحْصَىٰهُمْ وَعَدَّهُمْ عَدًّا

    Laq̣ad ʹaḥṣaahum wa-ʻaddahum ʻaddaa.

    ހަމަކަށަވަރުން މާތްރަސްކަލާނގެ އެމީހުންގެ عدد ތައް ބައްލަވާ ހިމަނުއްވައެވެ. (އެއްވެސް مخلوق އެއް ގެއްލި އުނިވެ ވީނުވީ ނޭނގި ނުދާނެއެވެ.)

  95. 95

    وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَـٰمَةِ فَرْدًا

    Wa-kulluhum ʹaateehi yawmal Q̣iyaamati fardaa.

    އަދި އެހުރިހާ މީހުން قيامة ދުވަހުން އެކަނި އެކަނިން އެކަލާނގެ حضرة އަށް އަންނަހުއްޓެވެ.

  96. 96

    إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَيَجْعَلُ لَهُمُ ٱلرَّحْمَـٰنُ وُدًّا

    ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati sayajʻalu lahumur Raḥmaanu wuddaa.

    ހަމަކަށަވަރުން އީމާންވެގެން صالح عمل ކުރި މީސްތަކުން (ދަންނައެވެ.) رَحمن ވަންތަ ކަލާނގެ ނިކަންހުރެ އެމީހުންނަށް ލޯބިވެތިކަން މީސްތަކުންގެ ހިތްތަކުގައި ލައްވާހުއްޓެވެ.

  97. 97

    فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلْمُتَّقِينَ وَتُنذِرَ بِهِۦ قَوْمًا لُّدًّا

    Faʹinnamaa yassarnaahu bilisaanika litubashshira bihil Muttaq̣eena wa-tuñẓira bihee q̣awmal luddaa.

    (އޭ رسول ﷲ އެވެ.) ދެންފަހެ ކަލޭގެފާނުންގެ ދޫފުޅަށް ތިމަންރަސްކަލާނގެ މި قرآن ފަސޭހަކޮށްދެއްވީމެވެ. އެއީ تقوى ވެރިންނަށް އެ قرآن ން ކަލޭގެފާނުން އުފާވެރިކަމުގެ خبر ދެއްވުމަށެވެ. އަދި ދެކޮޅުވެރިކަން ގަދަވެގެންވާ ބަޔަކަށް (مكّة ގެ قريش ންނަށް) އެ قرآن ން ކަލޭގެފާނު إنذار ކުރެއްވުމަށެވެ. ބިރުވެރިކަމުގެ خبر ދެއްވުމަށެވެ.

  98. 98

    وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هَلْ تُحِسُّ مِنْهُم مِّنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًۢا

    Wa-kam ʹahlaknaa q̣ablahum miñ q̣arn? Hal tuḥissu minhum min ʹaḥadin ʹaw tasmaʻu lahum rikzaa?

    އަދި އެ قريش ންގެކުރިން ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރެއްވިން ހެއްޔެވެ؟ އެބަހީ: ވަރަށްގިނަމީހުން (އެމީހުން ނުކިޔަމަންތެރިވުމުން) ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. ފަހެ އެމީހުންކުރެ އެކެއްގެ إحساس އެއްވެސް ހިލަމެއްވެސް ކަލޭގެފާނަށްވޭތޯއެވެ؟ ނުވަތަ އެއިން މީހެއްގެ އަޑެއްވިޔަސް ހިރުމެއްވިޔަސް ކަލޭގެފާނަށް އިވިވަޑައިގަންނަވައިތޯއެވެ؟ (މިއިން އެއްވެސްކަމެއް ނެތެވެ.)