Back to Quran

ސޫރަތްތައް 18

Al-Kahf

The Cave · Makki · 110 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبْدِهِ ٱلْكِتَـٰبَ وَلَمْ يَجْعَل لَّهُۥ عِوَجَا ۜ

    ʹAl-Ḥamdu lillaahil laẓeee ʹañzala ʻalaa ʻAbdihil Kitaaba wa-lam yajʻal lahoo ʻiwajaa―

    އެންމެހައި حمد އާއި ثناء އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ އަޅާގެމައްޗަށް (محمّد ﷺ ގެމައްޗަށް) ފޮތް يعني: ކީރިތި قرآن ބާވައިލެއްވި ކަލާނގެއެވެ. އެފޮތުގައި އެކަލާނގެ އެއްވެސް ގުދުކަމެއް ކަތިކަމެއް ނުލައްވައެވެ.

  2. 2

    قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًا حَسَنًا

    Q̣ayyimal liyuñẓira Baʹsañ shadeedam mil ladunhu wa-yubashshiral Muʹmineenal laẓeena yaʻmaloonaṣ ṣaalihaati ʹanna lahum ʹAjran ḥasanaa,

    އެއީ ސީދާވެގެންވާ عدل ވެރި ފޮތެއްގެގޮތުގައެވެ. މީސްތަކުންނަށް ﷲ ގެ حضرة ން އަތުވެދާނޭ ގަދަވެގެންވާ އަވަސް عذاب އަކާ މެދު އެކަލޭގެފާނު މީސްތަކުންނަށް إنذار ކުރެއްވުމަށެވެ. ބިރުގެންނެވުމަށެވެ. އަދި صالح عمل ކުރާ مؤمن ންނަށް (قيامة ދުވަހުން) ރަނގަޅުވެގެންވާ މާތް ދަރުމައެއް ހުރިކަމުގެ އުފާވެރި خبر އެމީހުންނަށް ދެއްވުމަށެވެ. އެއީ ފޮތް ބާވައިލެއްވުމުގެ އެއް مقصد އެވެ.

  3. 3

    مَّـٰكِثِينَ فِيهِ أَبَدًا

    Maakis̤eena feehi ʹabadaa:

    އެމީހުން އެދަރުމައިގައި (އެރަނގަޅު އުޖޫރައިގައި) އަބަދާއަބަދު ދެމިތިބޭ ހުއްޓެވެ. ސުވަރުގޭގައެވެ.

  4. 4

    وَيُنذِرَ ٱلَّذِينَ قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا

    Wa-yuñẓiral laẓeena q̣aalut takhaẓal laahu waladaa:

    (އަދި އެކަލޭގެފާނަށް އެފޮތް ބާވައިލެއްވީ) ﷲ ދަރިކަލަކު ހިތްޕަވާ إختيار ކުރައްވައިފިޔޭ ބުނާ މީހުންނަށްވެސް އެކަލޭގެފާނު إنذار ކުރައްވައި ބިރުގެންނެވުމަށެވެ.

  5. 5

    مَّا لَهُم بِهِۦ مِنْ عِلْمٍ وَلَا لِـَٔابَآئِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَٰهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا

    Maa- lahum̃ bihee min ʻilmiñw walaa liʹaabaaaʹihim. Kaburat kalimatañ takhruju min ʹafwaahihim. ʹIñy yaq̣ooloona ʹillaa kaẓibaa.

    އެކަލާނގެއާ މެދު ނުވަތަ އެމީހުން އެހެން ބުނުމާމެދު އެމީހުންނަށްވެސް އެއްވެސް އެނގުމެއްނުވެއެވެ. އަދި އެމީހުންގެ ކާބަފައިންނަށްވެސް އެއްވެސް އެނގުމެއް - علم އެއް ނުވެއެވެ. އެއީ ހަމައެކަނި އެމީހުންގެ އަނގައިން ނުކުންނަ ބޮޑުވެގެންވާ كلمة އެއްކަމުގައި މެނުވީ ނުވެއެވެ. އެމީހުން ބުނަނީ ހަމަ ސީދާދޮގުކަމުގައި މެނުވީ ނުވެއެވެ.

  6. 6

    فَلَعَلَّكَ بَـٰخِعٌ نَّفْسَكَ عَلَىٰٓ ءَاثَـٰرِهِمْ إِن لَّمْ يُؤْمِنُوا۟ بِهَـٰذَا ٱلْحَدِيثِ أَسَفًا

    Falaʻallaka baakhiʻun nafsaka ʻalaaa ʹaas̤aarihim ʹil lam yuʹminoo bihaaẓal Ḥadees̤i ʹasafaa.

    (އޭ رسول ﷲ އެވެ!) އެމީހުން يعني: ކަލޭގެފާނުންގެ قوم ގެމީހުން މި ކީރިތި قرآن އަށް إيمان ނުވެ / ތެދުނުކުރުމުގެ ސަބަބުން އެކަމާ ހިތާމަފުޅުން ކަލޭގެފާނު ކަލޭގެފާނުންގެ نفس ފުޅު ހަލާކުކުރައްވާކަހަލައެވެ. އެކަމާ ހިތާމަފުޅު ނުކުރައްވާށެވެ.

  7. 7

    إِنَّا جَعَلْنَا مَا عَلَى ٱلْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا

    ʹInnaa jaʻalnaa maa- ʻalal ʹarḍi zeenatal lahaa linabluwahum ʹayyuhum ʹaḥsanu ʻamalaa.

    ހަމަކަށަވަރުން ބިންމަތީގައިވާހާތަކެތި ތިމަންރަސްކަލާނގެ އެބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. އެއީ އެމީހުން - يعني: ތިމަންރަސްކަލާނގެ އަޅުތަކުން ކުރެ عمل ކުރުމުގެގޮތުން އެންމެ ރަނގަޅުވެގެންވަނީ ކާކުކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ފާޅުކުރެއްވުމަށްޓަކައެވެ. އެކަން تحقيق އަށް ގެންނެވުމަށެވެ. (ތިމަންރަސްކަލާނގެ أمر ފުޅުތަކާއި نهى ތަކަށް ފަރުވާތެރިވެ ކިޔަމަންތެރިވަނީ ކޮންބައެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން އެންގެވުމަށެވެ.)

  8. 8

    وَإِنَّا لَجَـٰعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا

    Wa-ʹinnaa lajaaʻiloona maa- ʻalayhaa ṣaʻeedañ juruzaa.

    އަދި ހަމަކަށަވަރުން އެބިންމަތީގައިވާހާތަކެތި ހަލާކުކުރައްވާ އެބިން އެއްވެސްއެއްޗެއް ނުވާ އޮމާން ހުސްބިމަކަށް ތިމަންރަސްކަލާނގެ ހައްދަވާހުށީމެވެ. އެއީ قيامة ދުވަހުންނެވެ.

  9. 9

    أَمْ حَسِبْتَ أَنَّ أَصْحَـٰبَ ٱلْكَهْفِ وَٱلرَّقِيمِ كَانُوا۟ مِنْ ءَايَـٰتِنَا عَجَبًا

    ʹAm ḥasibta ʹanna ʹAṣḥaabal Kahfi war-Raq̣eemi kaanoo min ʹAayaatinaa ʻajabaa?

    (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން كَهْفُ ބާގައިގެމީހުންނާއި އަދި އެތާނގައި ލިޔެވިފައިވާ ލިއުމާއި މިކަންކަމަކީ ތިމަންރަސްކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކާއި علامة ތަކުގެތެރެއިން ބޮޑު عجائب ކަމެއްކަމުގައި ކަލޭގެފާނު ހީފުޅުކުރައްވަނީތޯއެވެ؟

  10. 10

    إِذْ أَوَى ٱلْفِتْيَةُ إِلَى ٱلْكَهْفِ فَقَالُوا۟ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

    ʹIẓ ʹawal fityatu ʹilal Kahfi faq̣aaloo Rabbanaaa ʹaatinaa mil laduñka Raḥmatañw Wahayyiʹ lanaa min ʹamrinaa rashadaa!

    އެޒުވާނުން އެހޮހޮޅަށްގޮސް އެތާ منزل ކުރިހިނދުން އެމީހުން (ﷲ އަށް) ދެންނެވިއެވެ. "އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކުގައި (އިބަރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި ކާފަރު قوم އާ ދުރަށް ފިލައިގެން މިއައި ކަންތަކުގައި) އިބަރަސްކަލާނގެ ރުއްސަވާމަގަށް عمل ކުރުމުގައި އަޅަމެނަށް ފަސޭހަކޮށްދެއްވައި ސީދާމަގު ދައްކަވާނދޭވެ!"

  11. 11

    فَضَرَبْنَا عَلَىٰٓ ءَاذَانِهِمْ فِى ٱلْكَهْفِ سِنِينَ عَدَدًا

    Faḍarabnaa ʻalaaa ʹaaẓaanihim fil Kahfi sineena ʻadadaa:

    ފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ކަންފަތްތަކުގެމަތީގައި (ބޭރުގެއަޑުތައް ނުއިވޭނޭގޮތުން) ގަދަ ނިދިލައްވައި عدد ކަނޑައެޅިގެންވާ އަހަރުތަކަކު އެހޮހޮޅުގައި އެމީހުން ނިންދަވާ ބެއިތިއްބީމެވެ.

  12. 12

    ثُمَّ بَعَثْنَـٰهُمْ لِنَعْلَمَ أَىُّ ٱلْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوٓا۟ أَمَدًا

    S̤umma baʻas̤naahum linaʻlama ʹayyul ḥizbayni ʹaḥṣaa limaa labis̤ooo ʹamadaa!

    ދެން އަލުންވެސް ތިމަންރަސްކަލާނގެ އެމީހުން ހޭއަރުވައި (މީހުން އުޅޭ ހިސާބަށް) ފޮނުއްވީމެވެ. އެއީ އެމީހުން އެހޮހޮޅުގައި ނިދާފައި ލަސްވެތިބީ ކިހާދުވަހަކުތޯ ބަލައި ހިމަނައިގަތުން ބޮޑީ ދެ جماعة ންކުރެ ކޮންބައެއްތޯ ދެނެވޮޑިގެންވާކަން ފާޅުކުރައްވައި، އެކަން تحقيق އަށް ގެނައުމަށެވެ. • އެދެ جماعة އެއްކަމުގައި ބުނެވެނީ مؤمن ންނާއި كافر ންކުރެ ދެބައެކެވެ. والله أعلم.

  13. 13

    نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِٱلْحَقِّ ۚ إِنَّهُمْ فِتْيَةٌ ءَامَنُوا۟ بِرَبِّهِمْ وَزِدْنَـٰهُمْ هُدًى

    Naḥnu naq̣uṣṣu ʻalayka nabaʹahum̃ bil-Ḥaq̣q̣: ʹinnahum fityatun ʹaamanoo bi-Rabbihim wa-zidnaahum hudaa:

    (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ حقّ ގޮތުގައި ހަމަސީދާ ތެދަށް އެމީހުންގެ خبر ތައް ކަލޭގެފާނަށް މިއަންގަވައިދެއްވަނީއެވެ. ހަމަކަށަވަރުން އެމީހުންނަކީ އެމީހުންގެ ربّ އަށް إيمان ވި ޒުވާން ބައެކެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެ އީމާންކަމުގެ މައްޗަށް إيمان ކަމާއި ތެދުމަގު އިތުރުކޮށްދެއްވީމެވެ.

  14. 14

    وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا۟ فَقَالُوا۟ رَبُّنَا رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَن نَّدْعُوَا۟ مِن دُونِهِۦٓ إِلَـٰهًا ۖ لَّقَدْ قُلْنَآ إِذًا شَطَطًا

    Wa-rabaṭnaa ʻalaa q̣uloobihim ʹiẓ q̣aamoo faq̣aaloo Rabbunaa Rabbus samaawaati wal-ʹarḍi lan nadʻuwa miñ dooniheee ʹilaahal laq̣ad q̣ulnaaa ʹiẓañ shaṭaṭaa!

    އަދި އެމީހުން (އެކާފަރު ރާޖާގެ ކުރިމަތީގައި ތެދުވިހިނދު) ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތައް (އީމާންކަމުގެ نور ން) ބަންނަވައި ހިފެހެއްޓެވީމެވެ. (އެމީހުންނަށް ސާބިތުކަން ދެއްވީމެވެ.) ފަހެ އެމީހުން (އެރާޖާއަށް) ބުންޏެވެ. އަޅަމެންގެ ربّ އަކީ އުޑުތަކާއި ބިމުގެ ވެރި ربّ އެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކަށް އަހުރެމެން ގޮވާ دعاء ކޮށް އަޅުކަންކޮށް ނުހަދާނަމެވެ. އަދި އެހެން ފަރާތަކަށް ގޮވާ دعاء ކޮށް ހަދައިފިނަމަ ހަމަކަށަވަރުން ދޮގު އަދި باطل ކަމުން ހައްދުފަހަނަޅާފައިވާ ވާހަކައެއް އަހުރެމެން ބުނިކަމުގައިވާނެކަން ކަށަވަރެވެ. • ދަންނައެވެ! އިސްވެދިޔަ އާޔަތްތަކާއި އަދި ފަހުން މިއަންނަ ބައެއް އާޔަތުން އެ بيان ކުރައްވަނީ مشهور كَهْفُ ބާގައިގެމީހުންގެ ވާހަކައިގެ خلاصة އެވެ. އެމީހުންނާމެދު تفسير طبري ގައި بيان ވެގެންވަނީ އެމީހުންނަކީ عيسى عليه السّلام ގެ دين މަތީގައި އުޅުނު مؤمن ންކަމުގައެވެ. އެއީ إسلام دين އައުމުގެކުރީގައެވެ. އެމީހުންގެ ރަށެއްކަމުގައި بيان ކުރައްވާފައިވަނީ أَفْسُوس ކިޔާ ރަށެއްކަމަށެވެ. އެއީ މިހާރު طَرْسُوْس އެވެ. އެރަށުގެ ރަސްގެފާނަކީ ބުދަށް އަޅުކަންކުރާ ރާޖާއެކެވެ. އެއީ دِقْيَفُوس ކިޔާ މީހެކެވެ. އެ ރާޖާ އެރަށުގެ އެންމެން ބުދަށް އަޅުކަންކުރުން މަޖުބޫރުކުރިހިނދުން މިދެންނެވި ޒުވާނުން އެކަން ބޮޑުވެގެން ﷲ ބާވައިލެއްވި دين ދޫނުކޮށް ﷲ އަށް އަޅުކަންކުރުމަށްޓަކައި އެރާޖާއާ ފިލަންގޮސް އެމީހުންވަނީ އެތާވާ ފަރުބަދައެއްގެ ހޮހޮޅަށެވެ. އެފަރުބަދައަށް ކިޔަނީ بنجلوس އެވެ. އެ ހޮހޮޅަށް އެމީހުންވަދެ ހަމަޖެހުމުން ﷲ تعالى ގަދަ ނިންޖަކުން އެމީހުން ނިންދެވީއެވެ. ދެން އެމީހުން ހޭއެރުއްވީ ތިންސަތޭކަ އެތައްއަހަރަކަށް ފަހުންނެވެ. كَهْفُ ސޫރަތުގެ ނަންވެސް މިވަނީ އެމީހުން ހޮހޮޅުގައި ތިބުމުން އެނަމުންނެވެ. كَهْفُ އެއީ ހޮހޮޅެވެ. ދެން މިއަންނަ އާޔަތްތަކުގައިވެސް އެވަނީ އެމީހުންގެ ވާހަކައެވެ.

  15. 15

    هَـٰٓؤُلَآءِ قَوْمُنَا ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً ۖ لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَـٰنٍۭ بَيِّنٍ ۖ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا

    Haaaʹulaaaʹi q̣awmunat takhaẓoo miñ dooniheee ʹaalihah: Lawlaa- yaʹtoona ʻalayhim̃ bisulṭaanim bayyin? Faman ʹaz̤̣lamu mimmanif taraa ʻalal laahi kaẓibaa?

    (އެޒުވާން مؤمن ން އެމީހުން އެމީހުންނަށް ބުނިކަމުގައި ﷲ އެ އަންގަވަނީ) އަހުރެމެންގެ قوم ގެ މީހުން ﷲ ފިޔަވައި އެހެން إله ންތަކެއް ހިފައި إختيار ކޮށްފިއެވެ. އެމީހުން އެ إله ންތަކަށް އަޅުކަންކުރުން صحّ ވާނެކަމަށް ބަޔާންވެގެންވާ ގަދަ ދަލީލެއް ގެނައިނަމައެވެ. دليل އެއް ނުގެނައީ ކީއްވެގެންހެއްޔެވެ؟ ފަހެ ﷲ އާއިމެދު ބޮޑު ދޮގެއް އުފައްދައިގަތްމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވާނެއެވެ.)

  16. 16

    وَإِذِ ٱعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا ٱللَّهَ فَأْوُۥٓا۟ إِلَى ٱلْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِۦ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا

    Wa-ʹiẓiʻtazal tumoohum wa-maa yaʻbudoona ʹillal laaha faʹwooo ʹilal Kahfi yañshur lakum Rabbukum mir raḥmatihee wa-yuhayyiʹ lakum min ʹamrikum mirfaq̣aa.

    (އަދިވެސް އެމީހުން އެމީހުންނަށް ބުންޏެވެ.) އަދި ކަލޭމެން އެމީހުންނާއި - އެބަހީ: قوم ގެ މީހުންނާއި އަދި އެމީހުން ﷲ ފިޔަވައި އަޅުކަންކުރާ ތަކެއްޗާ ވަކިވީހިނދުން ދެން ހޮހޮޅަށް ދަމާހިނގާށެވެ! ކަލޭމެންގެ ربّ އެކަލާނގެ رحمة ކަލޭމެނަށް ތަނަވަސްކުރައްވައި އަދި ކަލޭމެނަށް މިހާރު މިޖެހިފައިވާ ކަންތަކަށް އެކަލާނގެ ފަސޭހަކޮށްދެއްވައި އޯގާވެރި منفع ހުރި ރަނގަޅުގޮތް އެކަލާނގެ ދައްކަވާފާނެއެވެ. (ދެންފަހެ މިބައިމީހުން ހޮހޮޅަށްގޮސް ހޮހޮޅުގައި އޮށޯވެލީހިނދުން ގަދަ ނިދިން ﷲ އެމީހުން ނިންދަވައިފިއެވެ. ދެން ޖެހިގެން މިއަންނަ އާޔަތުގައި މިވަނީ އެމީހުން ނިދާފައިތިބިއިރު ﷲ އެމީހުންނަށް ދެއްވާފައިވާ كرامة އާއި هَيْبَة އާއި މާތްކަމުގެ ބައެއް خبر އެވެ. والله أعلم)

  17. 17

    ۞ وَتَرَى ٱلشَّمْسَ إِذَا طَلَعَت تَّزَٰوَرُ عَن كَهْفِهِمْ ذَاتَ ٱلْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ ٱلشِّمَالِ وَهُمْ فِى فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ ءَايَـٰتِ ٱللَّهِ ۗ مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُۥ وَلِيًّا مُّرْشِدًا

    Wa-tarash shamsa ʹiẓaa ṭalaʻat tazaawaru ʻañ- Kahfihim ẓaatal yameeni wa-ʹiẓaa g̣arabat taq̣riḍuhum ẓaatash shimaali wa-hum fee fajwatim minh. Ẓaalika min ʹAayaatil laah: mañy yahdil laahu fahuwal muhtad; wa-mañy yuḍlil falañ tajida lahoo waliyyam murshidaa.

    (އޭ رسول ﷲ އެވެ!) އަދި އިރުއަރައިގެން އަންނައިރު އެމީހުންގެ ހޮހޮޅު ފިޔަވައި ކަނާތްފަރާތަށް އިރު ލެނބިގެންދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. އަދި އިރުއޮއްސޭންދާއިރަށް ވާތްފަރާތަށް ލެނބިގެންދާތީ ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވަނީ އެހޮހޮޅުގެ ތަނަވަސް ހުސްތަނެއްގައެވެ. (މި މިކަންކަމަކީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކާއި حجّة ތަކުގެތެރެއިންވާ ކަންކަމެވެ. ﷲ ތެދުމަގު ދައްކަވައިފިއަޅަކު ދަންނައެވެ! ތެދުމަގުގައިވާމީހަކީ އެމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިއަޅަކު ދަންނައެވެ! އެމީހަކަށް ސީދާ ރާސްތާ ދައްކައިދޭނޭ ސަހަރޯވެރިއަކު ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ.

  18. 18

    وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ ٱلْيَمِينِ وَذَاتَ ٱلشِّمَالِ ۖ وَكَلْبُهُم بَـٰسِطٌ ذِرَاعَيْهِ بِٱلْوَصِيدِ ۚ لَوِ ٱطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا

    Wa-taḥsabuhum ʹayq̣aaz̤̣añw Wahum ruq̣ood: wa-nuq̣allibuhum ẓaatal yameeni waẓaatash shimaal: wa-kalbuhum̃ baasiṭuñ ẓiraaʻayhi bilwaṣeed: lawiṭ ṭalaʻta ʻalayhim lawallayta minhum firaarañw wala-Muliʹta minhum ruʻbaa.

    އަދި އެމީހުން އޮށޯވެ ނިދާފައި ތިބިއިރުވެސް އެމީހުން ހޭލައި ތިބިކަމުގައި ކަލޭގެފާނު ހީފުޅުކުރައްވާނެއެވެ. އަދި ކަނާތްފަރާތަށާއި ވާތްފަރާތަށް ތިމަންރަސްކަލާނގެ އެމީހުން ފުރޮޅުއްވަމެވެ. އެއީ އެއްގޮތަކަށް ތިބުމުން ގެއްލުމެއްވެދާނެތީއެވެ. އަދި އެމީހުންގެ ކުއްތާ އެހޮހޮޅުގެ ދޮރުމަތީ ވެލިގަނޑުމަތީ އޭގެ ދެއަތްފަތުރައިގެން އޮތެވެ. އެމީހުން އެ حال ގައިވަނިކޮށް ކަލޭގެފާނު ދެކެވަޑައިގެންނެވިނަމަ އެމީހުންނާއި ދުރަށް ކަލޭގެފާނު ފިއްލަވަންދުވެވަޑައިގެންފީހެވެ. އަދި އެމީހުންގެ ފަރާތުން އެފެނިވަޑައިގަންނަވާ كرامة އާއި هيبة ގެ ސަބަބުން ކަލޭގެފާނު މުޅިން ބިރުން ފުރިއްޖައީހެވެ. (އެގޮތުގައި އެމީހުން ތިންސަތޭކަ އެތައް އަހަރެއްވަންދެން ތިއްބެވެ. މިއީ ﷲ ގެ قدرة ތެރިކަމަށް ބަލާއިރު ދާދިކުޑަކުޑަ ކަމެކެވެ.)

  19. 19

    وَكَذَٰلِكَ بَعَثْنَـٰهُمْ لِيَتَسَآءَلُوا۟ بَيْنَهُمْ ۚ قَالَ قَآئِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا۟ رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَٱبْعَثُوٓا۟ أَحَدَكُم بِوَرِقِكُمْ هَـٰذِهِۦٓ إِلَى ٱلْمَدِينَةِ فَلْيَنظُرْ أَيُّهَآ أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا

    Wa-kaẓaalika baʻas̤naahum liyatasaaaʹaloo baynahum. Q̣aala q̣aaaʹilum minhum kam labis̤tum? Q̣aaloo labis̤naa yawman ʹaw baʻḍa yawm. Q̣aaloo Rabbukum ʹaʻlamu bimaa labis̤tum.... Fabʻas̤ooo ʹaḥadakum̃ biwariq̣ikum haaẓiheee ʹilal madeenati falyañz̤̣ur ʹayyuhaaa ʹazkaa ṭaʻaamañ falyaʹtikum̃ birizq̣im minhu walyatalaṭṭaf wa-laa yushʻiranna bikum ʹaḥadaa.

    އަދި ހަމަ އެފަދައިން (އެބަހީ: އެޒުވާނުން އެހޮހޮޅުގައި ނިންދަވާ ރައްކާތެރިކަމާއިއެކު ތިމަންރަސްކަލާނގެ ބެލެހެއްޓެވިފަދައިން) އެމީހުން ހޭއަރުވައި ފޮނުއްވީމެވެ. އެއީ އެމީހުން އެމީހުންނާ ސުވާލުކޮށްހެދުމަށެވެ. (ދެންފަހެ އެމީހުން ހޭލައިގެން) އޭގެތެރެއިން އެކަކު ބުންޏެވެ. "ކަލޭމެނަށް ނިދިފައި މިހޮހޮޅުގައި ލަސްވެތިބީ ކިހާއިރަކުހެއްޔެވެ؟". އެމީހުން ބުންޏެވެ. "އަހުރެމެން މިތިބީ އެއްދުވަހު ނުވަތަ ދުވަހެއްގެ ބައެއްގައެވެ." އަދި އަނެއްމީހަކު ބުނެފިއެވެ. "ކަލޭމެން ލަސްވެތިބިވަރެއް ކަލޭމެންގެ ربّ ދެނެވޮޑިގަތުންބޮޑެވެ. (އެގޮތެއް އަހުރެމެންނަކަށް ނޭނގެއެވެ.) " ދެންފަހެ ކަލޭމެންކުރެ އެކަކު މި ރިހިފައިސާކޮޅާއިގެން ރަށަށް ދާށެވެ! އަދި އެމީހާ އެރަށުގެ أهل ވެރިންކުރެ ކާނާ އެންމެ حلال ވެފައި طاهر ވެގެންވަނީ ކާކުތޯ ބަލާށެވެ! އަދި އެއިން ކޮންމެވެސް ކާއެތިކޮޅަކާއިގެން އަންނަހުށިކަމެވެ. އަދި އެމީހާ މަޑުމައިތިރިވެ ރަނގަޅަށް ބަލައިގެން އުޅޭހުށިކަމެވެ! އަދި އެކަކަށްވެސް ކަލޭމެންގެ خبر އެއް އެނގި إحساس އެއްވިޔަނުދޭހުށިކަމެވެ!

  20. 20

    إِنَّهُمْ إِن يَظْهَرُوا۟ عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِى مِلَّتِهِمْ وَلَن تُفْلِحُوٓا۟ إِذًا أَبَدًا

    ʹInnahum ʹiñy yaz̤̣haroo ʻalaykum yarjumookum ʹaw yuʻeedookum fee millatihim wa-lañ tufliḥooo ʹiẓan ʹabadaa.

    "އެހެނީ، ހަމަކަށަވަރުން އެމީހުން ކަލޭމެންގެމައްޗަށް ފައުޅުވެ ކަލޭމެންގެ خبر އެމީހުންނަށް އެނގިއްޖެއްޔާ ކަލޭމެން رجم ކުރާނެއެވެ. ތަޅާމަރާ ހަދާނެއެވެ. އެހެންނޫނީވިއްޔާ އެމީހުންގެ دين އަށް (ބުދުދީނަށް) އެމީހުން ކަލޭމެން ވައްދާނެއެވެ. އެހެންވެއްޖެއްޔާ ދުވަހަކުވެސް ދެން ކަލޭމެން ކާމިޔާބުނުވާނެއެވެ. ކަލޭމެން ސަލާމަތްނުވާނެއެވެ." (މިމީހުންނަށް މި ހީވީ މިމީހުންނަށް ނިދުނީ عامّ ކޮށް މީހުން ނިދާވަރަށްކަމަށެވެ. ﷲ މީސްތަކުންނަށް معجزة އެއްދައްކަވާ ކަމަކަށް ލަފައެއް ނުކުރެވުނެވެ. ވާނީވެސް އެހެންތާއެވެ.)

  21. 21

    وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوٓا۟ أَنَّ وَعْدَ ٱللَّهِ حَقٌّ وَأَنَّ ٱلسَّاعَةَ لَا رَيْبَ فِيهَآ إِذْ يَتَنَـٰزَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا۟ ٱبْنُوا۟ عَلَيْهِم بُنْيَـٰنًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ ٱلَّذِينَ غَلَبُوا۟ عَلَىٰٓ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا

    Wa-kaẓalika ʹaʻs̤arnaa ʻalayhim liyaʻlamooo ʹanna waʻdal laahi ḥaq̣q̣uñw waʹannas Saaʻata laa- rayba feehaa. ʹIẓ yatanaazaʻoona baynahum ʹamrahum faq̣aalub noo ʻalayhim̃ bunyaanaa: Rabbuhum ʹaʻlamu bihim: q̣aalal laẓeena g̣alaboo ʻalaaa ʹamrihim lanattakhiẓanna ʻalayhim masjidaa.

    އަދި ތިމަންރަސްކަލާނގެ (މިހޮހޮޅުގެ އެކުވެރިން) އަނެއްބައިމީހުންގެމައްޗަށް ފައުޅުކުރައްވައި ދެއްކެވީ ހަމައެފަދައިންނެވެ. އެއީ ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ އެއްޗެއްކަމާއި އަދި ހަމަކަށަވަރުން قيامة ދުވަހަކީ ޝައްކެއްނެތި އަންނާނެ ދުވަހެއްކަން އެމީހުން ދެނެގަތުމަށްޓަކައެވެ. އެއީ އެމީހުންގެ މެދުގައި محشر އަށް ފޮނުއްވުމާމެދު ދެބަސްވެ إختلاف ވީހިނދުންނެވެ. • ދަންނައެވެ! (ހޮހޮޅުގެ އެކުވެރިން އެހޮހޮޅުގައި ނިދިފައިތިބި ދިގުމުއްދަތުގެތެރޭގައި އޭރު އެތާނގެ ވެރިޔަކަށް ހުރި ބުދުދީނުގެ ރާޖާ دِقْيَفُوس މަރުވެގޮސް އަލުން އެހެން إسلام ރަސްކަލެއް (تيذوسيس) ރަސްކަމަށް އަރާ ވަޑައިގެން މީސްތަކުން إسلام ވެ عيسى عليه السّلام ގެ دين ގައި އުޅޭކަމުގައިވިއެވެ. އެހެންގޮސް ޒަމާންދިގުވުމުން މީސްތަކުންގެމެދުގައި އަލުންވެސް މީސްތަކުން މަރުވުމަށްފަހު އަލުން ދިރިގެން قيامة އަށް ފޮނުއްވުމާމެދު ދެބަސްވުން އުފެދި إختلاف ތައް އުފެދިއްޖެއެވެ. އެކަމާ ރަސްގެފާނު ވަރަށް ކަންބޮޑުވެ ވަޑައިގެން محشر އަށް މީސްތަކުން ފޮނުއްވޭނެކަމުގެ دليل އަކަށް (އެފަދަ معجزة އަކަށް) ﷲ ގެ حضرة ން އެދިވަޑައިގެން دعاء ކުރައްވާކަމުގައިވިއެވެ. އެދުވަސްވަރު ހޮހޮޅުގެ އެކުވެރިން ހޭލެވިގެން ކާއެތިކޮޅެއް ހޯދުމަށް އެތަނުން އެކަކު ރަށަށް އަރައިގެން އުޅެނިކޮށް އެމީހާ ގެންގުޅުނު ފައިސާގެ ޒަމާން ދިގުވެފައިވާތީ އޭނާޔާ ބާޒާރުގެ މީހުން ސުވާލުކޮށް ވީނުވީއެއް ނޭނގިގެން ރަސްގެފާނުން އަރިހަށް އޭނާ ގެނައީއެވެ. ދެން ރަސްގެފާނު އޭނާކުރެން خبر ތައް އައްސަވައި ވެގެންއުޅޭގޮތެއް އެނގިވަޑައިނުގެން އޭނާގެންނަވައިގެން އޭނާގެ އެކުވެރިންގެ ގާތަށް ހޮހޮޅަށް ވަޑައިގެންނެވީއެވެ. ހޮހޮޅުގައި ތިބި އޭނާގެ އެހެން އެކުވެރިންނާއި ބަސްފުޅު ވިދާޅުވެ ރަސްގެފާނަށް މައްސަލަ ރަނގަޅަށް ސާފުވެވަޑައިގެން އެއީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ حجّة އެއްކަމާއި އަދި قيامة ވާނެކަމުގެ ފުރިހަމަ دليل އެއްކަން ރަސްގެފާނަށާއި އަރިހުގައިވާމީހުންނަށް ރަނގަޅަށް އެނގިއްޖެއެވެ. އެހެނީ ތިންސަތޭކަ އެތައްއަހަރެއްވާންދެން ބަޔަކު ނިންދަވައި ބޭތިއްބެވުމަށްފަހު އެމީހުންނަށް އެއްވެސް ބަދަލެއްނައިސް އެމީހުންގެ ފޭރާމަކަށްވެސް އެއްވެސް ބާކަމެއް އަޔަނުދެއްވާ ބެލެހެއްޓެވިކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި އެއްކުރެއްވުމަކީ އެއްވެސް އުނދަގޫކަމަކަށް ނުވާނެކަން ސަލާމަތް ބުއްދިއަކަށްވިއްޔާ އެނގޭނެއެވެ.\nوَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ - މިތަނުން އިޝާރަތްވަނީ ހޮހޮޅުގެ އެކުވެރިން އެހާގިނަ ދުވަހު ނިދިފައިތިބުމަށްފަހު ހޭއަރުއްވައި އެވަގުތު އެރަށުގައި އުޅުނުމީހުންނަށް ދެއްކެވި ވާހަކައެވެ. އެ ހޮހޮޅުގެ އެކުވެރިން މިރަށުގެ މީހުންނަށް ދެއްކެވުމަށްފަހު ﷲ تعالى އަލުންވެސް އެމީހުން ގަދަ ނިދިން ނިންދަވައި އެމީހުންގެ ހޮހޮޅު މީސްތަކުންގެ ލޯމަތިން ނިވައިކުރެއްވީއެވެ. މިއީ ވަރަށް ދިގުވާހަކައެވެ. تفصيل އާއިއެކު تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. އަދި ފަހުން މިއަންނަ آية ތަކުންވެސް ބައެއް تفصيل ބަޔާންވެގެންވެއެވެ. والله أعلم)\n(ﷲ تعالى وحي ކުރެއްވިއެވެ.) އެމީހުން ބުންޏެވެ. އެބަހީ ރަށުގެ މީހުން ބުންޏެވެ. "އެމީހުންނަށް يعني: ހޮހޮޅުގެ އެކުވެރިންނަށް ކަލޭމެން ބިނާއެއް ހަދާށެވެ! އެމީހުންގެ ربّ އެމީހުންގެ އެންމެހައިކަމެއް ދެނެވޮޑިގަތުންބޮޑެވެ." ދެންފަހެ ހޮހޮޅުގެ އެކުވެރިންގެ ކަންތަކާމެދު އެންމެކުރިޔަށް ބަސްކީމީހުން. "އަހުރެމެން އެމީހުންނަށް ބިނާކުރާނީ މިސްކިތެކެވެ."

  22. 22

    سَيَقُولُونَ ثَلَـٰثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًۢا بِٱلْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّىٓ أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَآءً ظَـٰهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا

    Sayaq̣ooloona s̤alaas̤atur raabiʻuhum kalbuhum: wa-yaq̣ooloona khamsatuñ saadisuhum kalbuhum rajmam bilg̣ayb; wa-yaq̣ooloona sabʻatuñw was̤aaminuhum kalbuhum. Q̣ur Rabbeee ʹaʻlamu biʻiddatihim maa yaʻlamuhum ʹillaa q̣aleel. Falaa tumaari feehim ʹillaa miraaaʹañ z̤̣aahiraa, wa-laa tastafti feehim minhum ʹaḥadaa.

    (އަދި ހޮހޮޅުގެ އެކުވެރިންގެ ކަންތަކާއިމެދު ވާހަކަދެއްކިމީހުން) އެމީހުން ނިކަންހުރެ ބުނާނެއެވެ. "މިއީ رسول ﷲ ﷺ ގެ ޒަމާނުގައި އެމީހުންގެ عدد އާއިމެދު ވާހަކަދެއްކި މީހުންގެވާހަކައެވެ." އެމީހުންބުނެއެވެ. "އެއީ ތިންމީހުންނެވެ. އެމީހުންގެ ހަތަރުވަނައަކީ އެމީހުންގެ ކުއްތާއެވެ." އަދި އެމީހުން ބުނެއެވެ. "އެއީ ފަސްމީހެކެވެ. އެމީހުންގެ ހަވަނަޔަކީ އެމީހުންގެ ކުއްތާއެވެ. އެއީ غيب އަށް ހިލައުކުމެވެ. (އެބަހީ: ނޭނގި ހީވާގޮތަށް ބުނާބުނުމެކެވެ.) " އަދި އެމީހުން ބުނެއެވެ. "އެއީ ހަތްމީހެކެވެ. އަދި އެމީހުންގެ އަށްވަނައަކީ އެމީހުންގެ ކުއްތާއެވެ." (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އެމީހުންގެ عدد އެއް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގަތުންބޮޑެވެ. މަދުމީހަކަށްމެނުވީ އެމީހުންގެ عدد ނޭނގެއެވެ. އަދި ފައުޅުވެގެންވާ حجّة އާއި بيان އަކަށްފަހުގައި މެނުވީ އެމީހުންނާމެދު (أهل كتاب ންނާއި) جدل ނުކުރާށެވެ! އަދި ހޮހޮޅުގެ އެކުވެރިންނާއިމެދު އެމީހުންކުރެ އެބަހީ: (أهل كتاب ންކުރެ) އެކަކުގެ ކިބައިންވެސް فتوى ނާއްސަވާށެވެ!"

  23. 23

    وَلَا تَقُولَنَّ لِشَا۟ىْءٍ إِنِّى فَاعِلٌ ذَٰلِكَ غَدًا

    Wa-laa taq̣oolanna lishayʹin ʹinnee faaʻiluñ ẓaalika g̣adaa,

    އަދި (އޭ رسول ﷲ އެވެ!) ﷲ އިރާދަކުރެއްވިއްޔާއޭ (މިހެން ވިދާޅުވެފައިމެނުވީ) ހަމަކަށަވަރުން.

  24. 24

    إِلَّآ أَن يَشَآءَ ٱللَّهُ ۚ وَٱذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰٓ أَن يَهْدِيَنِ رَبِّى لِأَقْرَبَ مِنْ هَـٰذَا رَشَدًا

    ʹIllaaa ʹañy yashaaaʹal laah! Waẓkur Rabbaka ʹiẓaa naseeta wa-q̣ul ʻasaaa ʹañy yahdiyani Rabbee liʹaq̣raba min haaẓaa rashadaa.

    މާދަމާ އަހުރެންކުރާނަމޭ އެއްވެސްކަމަކާއިމެދު ވިދާޅުނުވާހުށިކަމެވެ! އަދި ކަލޭގެފާނުގެ ކަލޭގެފާނުގެ ربّ މަތިން ހަނދުމަފުޅުނެތިއްޖެއްޔާ ކަލޭގެފާނު އެކަލާނގެ ހަނދުމަފުޅުކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ ربّ އަދި މިއަށްވުރެވެސް ތެދުމަގާއި މާތްގޮތަކަށް އަހުރެންނަށް މަގުދައްކަވާފާނެކަމުގެ أمّيد ކުރެވެއެވެ.

  25. 25

    وَلَبِثُوا۟ فِى كَهْفِهِمْ ثَلَـٰثَ مِا۟ئَةٍ سِنِينَ وَٱزْدَادُوا۟ تِسْعًا

    Wa-labis̤oo fee Kahfihim s̤alaas̤a miʹatiñ sineena wazdaadoo tisʻaa.

    އެމީހުން އެބަހީ: ހޮހޮޅުގެ އެކުވެރިން (އެހެންމީހުންނަށް އެމީހުން ފައުޅުވުމުގެކުރިން) އެމީހުންގެ ހޮހޮޅުގައި ތިންސަތޭކައަހަރު (ނިދާފައި) ތިއްބެވެ. އަދި އޭގެތެރެއަށް ނުވައަހަރު އެމީހުން އިތުރުކުރިއެވެ. އެހެންވީމާ މުޅިއެކު ތިންސަތޭކަ ނުވައަހަރު އެމީހުން ހޮހޮޅުގައި ނިދާފައި ތިއްބެވެ. އެއީ މީލާދީ އަހަރާއި ހިޖްރީއަހަރާ ދެއަހަރުގެ ތަފާތުކަމުގައި ވެދާނެއެވެ.

  26. 26

    قُلِ ٱللَّهُ أَعْلَمُ بِمَا لَبِثُوا۟ ۖ لَهُۥ غَيْبُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ أَبْصِرْ بِهِۦ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِۦ مِن وَلِىٍّ وَلَا يُشْرِكُ فِى حُكْمِهِۦٓ أَحَدًا

    Q̣ulil laahu ʹaʻlamu bimaa labis̤oo: lahoo g̣aybus samaawaati wal-ʹarḍ: ʹabṣir bihee waʹasmiʻ! Maa- lahum miñ doonihee miñw waliyy; wa-laa yushriku fee Ḥukmiheee ʹaḥadaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! "އެމީހުން އެހޮހޮޅުގައި ލަސްވެތިބިވަރެއް ﷲ ދެނެވޮޑިގަތުންބޮޑެވެ. އުޑުތަކާއި ބިމުގެ غيب އެކަލާނގެއަށް خاصّ ވެގެންވެއެވެ. އެކަލާނގެ ދެނެވޮޑިގަތުމުގެ ބޮޑުކަމާއެވެ! އަދި އެކަލާނގެ އައްސަވާވޮޑިގަތުމުގެ ބޮޑުކަމާއެވެ!" އަދި އެކަލާނގެ ފިޔަވައި އެމީހުންނަށް އެހެންއެއްވެސް ސަހަރޯވެރިއަކުނުވެއެވެ. އަދި އެކަލާނގެ حكم ގައި ހަމައެކަކުވެސް ކަލޭގެފާނު ބައިވެރިނުކުރާހުށިކަމެވެ! (ﷲ ބާވައިލެއްވި حكم އާއި خلاف އަށް އެހެންމީހަކު ބުނާބަހަކަށް އަދި قانون އަކަށް އަދި قواعد އަކަށް ކިޔަމަންވުމަކީ އެކަލާނގެ حكم ގައި އެހެންމީހަކު ބައިވެރިކުރުމެވެ. އެއީ އެކަލާނގެއާ شريك ކުރުމުގެ މަތީވަނައެކެވެ. އެއީ إلهيّة ގައި شريك ކުރުމެވެ. އަދި މިހިސާބުން كَهْفُ ބާގައިގެމީހުންގެ ވާހަކަ މިނިމުނީއެވެ. والله أعلم)

  27. 27

    وَٱتْلُ مَآ أُوحِىَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَـٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلْتَحَدًا

    Watlu maaa ʹooḥiya ʹilayka miñ Kitaabi Rabbik: laa- mubaddila li-Kalimaatih: wa-lañ tajida miñ doonihee multaḥadaa.

    އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ ފޮތުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحي ކިޔަވާ ވިދާޅުވާށެވެ! ނުވަތަ އެ وحي އާއި تبع ވެވަޑައިގަންނަވާށެވެ! އެކަލާނގެ كلمة ފުޅު ބަދަލުކުރާނޭ އެކަކުވެސް ނުވެއެވެ. ނުވަތަ އެ كلمة ފުޅުތަކަށް ބަދަލުވުމެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވާންދާނެތަނެއް ނުވަތަ އެފަރާތަކަށް ބުރަވެލާނޭ އެހެންއެއްވެސް ފަރާތެއް ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ.

  28. 28

    وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُۥ عَن ذِكْرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمْرُهُۥ فُرُطًا

    Waṣbir nafsaka maʻal laẓeena yadʻoona Rabbahum̃ bilg̣adaati walʻashiyyi yureedoona Wajhahoo wa-laa taʻdu ʻaynaaka ʻanhum: tureedu zeenatal Ḥayaatid dunyaa; wa-laa tuṭiʻ man ʹag̣falnaa q̣albahoo ʻañ ẓikrinaa wattabaʻa hawaahu wa-kaana ʹamruhoo furuṭaa.

    އަދި އެބައިމީހުން އެބައިމީހުންގެ ربّ ގެ وجه ފުޅު އެދިގެން / އެކަލާނގެ ރުހިވޮޑިގަތުން އެދިގެން ހެނދުނާއި ހަވީރު (ނުވަތަ ދުވާލާއި ރޭގަނޑު) އެކަލާނގެއަށް دعاء ކުރާމީހުންނާ އެކު ކަލޭގެފާނުންގެ نفس ފުޅު ކެތްކުރައްވާށެވެ! އެމީހުންނާ އެކު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި ދުނިޔޭގެ حياة ގެ ޒީނަތްތެރިކަން އެދިވަޑައިގެން، އެމީހުން ފިޔަވައި ކަލޭގެފާނުގެ ދެލޯފުޅު އަނބުރުއްވައި ނުލައްވާށެވެ! (އެމީހުންނާ ދުރުވެ ވަކިވެވަޑައިނުގަންނަވާށެވެ!) އަދި ތިމަންރަސްކަލާނގެ އެމީހެއްގެ ހިތް ތިމަންރަސްކަލާނގެ ހަނދާންކުރުމާއި ذِكر ކުރުމުން މުޅިން غافل ކުރައްވާފައިވާ، އަދި އެމީހަކު އެމީހެއްގެ هوى نفس އާ تبع ވެގެންވާ މީހަކަށް ކިޔަމަންތެރިވެވަޑައިނުގަންނަވާށެވެ! އަދި އެފަދަމީހާގެ ކަންތައްވަނީ މުޅިން ގެއްލި ހަލާކުވެގެންނެވެ. ނުވަތަ حقّ އާއި خلاف ވެ ހިތާމަޔަކަށްވެފައެވެ.

  29. 29

    وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّـٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا

    Wa-q̣ulil Ḥaq̣q̣u mir Rabbikum: famañ shaaaʹa falyuʹmiñw wamañ shaaaʹa falyakfur: ʹinnaaa ʹaʻtadnaa liz̤̣z̤̣aalimeena Naaran ʹaḥaaṭa bihim suraadiq̣uhaa: wa-ʹiñy yastag̣ees̤oo yug̣aas̤oo bimaaaʹiñ kalmuhli yashwil wujooh. Biʹsash sharaab! wa-saaaʹat murtafaq̣aa!

    (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! "حقّ އެވަނީ ކަލޭމެންގެ ربّ ގެ حضرة ންނެވެ. (هداية ދެއްކެވުމާއި މަގުފުރެއްދެވުން ވަނީ ހަމަ އެކަލާނގެ حضرة ގައެވެ. ތިމަންކަލޭގެފާނަކަށް ނޫނެވެ.) ފަހެ އީމާންވާން އެދޭމީހަކު އެމީހަކު إيمان ވާށެވެ! އަދި ކާފަރުވާން އެދޭމީހަކު ފަހެ އެމީހަކު ކާފަރުވާށެވެ! (އެމީހަކު އެދޭގޮތެކެވެ.) " ހަމަކަށަވަރުން އަނިޔާވެރިންނަށް (مشرك ންވެސް ވަނީ ހަމަ އޭގެތެރޭންނެވެ.) ތިމަންރަސްކަލާނގެ އަލިފާނެއް ތައްޔާރުކުރެއްވީމެވެ. އެއީ ނަރަކައެވެ. އެ އަލިފާނުގެ ފޭލިގެތައް އަލިފާނާއި ދުމުގެ ފަރުދާތައް އެމީހުން ވަށައިގެން ވާނެއެވެ. އަދި އެމީހުން ފެނަށް އެދި އާދޭސްކުރުމުން ވިރިފައިވާ مَعْدَن ގެ ނުވަތަ ދޮހާއި ކަޅުލެއިގެ ފެނުން އެމީހުންނަށް ފެންދެވޭނެއެވެ. އޭގެސަބަބުން އެމީހުންގެ މޫނުތައް ފިހި އަނދައިގެންދާނެއެވެ. އެބުއިން އެއީވާ ނުބައިވެގެންވާ ބުއިމެކެވެ! އަދި އެތަނަކީ ގޮސްތިބެ ޖަމާވާން ނުބައިވެގެންވާ ތަނެކެވެ.

  30. 30

    إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا

    ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati ʹinnaa laa- nuḍeeʻu ʹajra man ʹaḥsana ʻamalaa.

    ހަމަކަށަވަރުން إيمان ވެގެން صالح عمل ތައްކުރިމީހުން ދަންނައެވެ! ހަމަކަށަވަރުން ރަނގަޅު ހެޔޮ عمل ން عمل ކުރިމީހުންގެ ދަރުމަ ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.

  31. 31

    أُو۟لَـٰٓئِكَ لَهُمْ جَنَّـٰتُ عَدْنٍ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۚ نِعْمَ ٱلثَّوَابُ وَحَسُنَتْ مُرْتَفَقًا

    ʹUlaaaʹika lahum Jannaatu ʻAdniñ tajree miñ taḥtihimul ʹanhaaru yuḥallawna feehaa min ʹasaawira miñ ẓahabiñw wayalbasoona s̤iyaaban khuḍram miñ suñdusiñw waʹistabraq̣im muttakiʹeena feehaa ʻalal ʹaraaaʹik. Niʻmas̤ s̤awaab! Waḥasunat murtafaq̣aa!

    އެތަންތާގެ ދަށުން އާރުތައް ދެމިދެމިހުންނަ، ގާއިމުވެތިބޭ ސުވަރުގެތައް އެމީހުންނަށް ހުންނަ ހުއްޓެވެ. އެމީހުން އެތާނގައި ރަނުންވާ އުޅާތައް އަޅާނެއެވެ. އަދި ފަށުވީގެ ތުނި އޮމާން ފޮއްޗާއި އަދި އޭގެ ބޯފަށުވީގެ ފެހިކުލައިގެ ހެދުންތައް ލާނެއެވެ. އަދި އެމީހުން އެސުވަރުގޭގައިވާ ސޯފާތަކުގައި ލެނގިގެން ތިބޭނެއެވެ. އެސުވަރުގެ އެއީ ثواب އާއި نعمة އެވެ. ރަނގަޅުވެގެންވާ نعمة އެވެ. އަދި އެއީ ގޮސްތިބެ އަރާމުކުރުމަށް ރަނގަޅުވެގެންވާ ތަނެވެ.

  32. 32

    ۞ وَٱضْرِبْ لَهُم مَّثَلًا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَـٰبٍ وَحَفَفْنَـٰهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا

    Waḍrib lahum mas̤alar rajulayni jaʻalnaa liʹaḥadihimaa jannatayni min ʹaʻnaabiñw Waḥafafnaahumaa binakhliñw wajaʻalnaa baynahumaa zarʻaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް - يعني: އެ مشرك ންނަށް - ދެފިރިހެނެއްގެ مثال ޖައްސަވައިދެއްވާށެވެ! އެތަނުން އެކަކަށް (މުއްސަނދިމީހާއަށް) ތިމަންރަސްކަލާނގެ މޭބިސްކަދުރުގެ ދެބަގީޗާ ދެއްވީމެވެ. އަދި އެދެބަގީޗާގެ (މޭބިސްކަދުރުވެޔޮތައް) ވަށައިގެން ތިމަންރަސްކަލާނގެ ކަދުރުރުއް ލެއްވީމެވެ. އަދި އެދެބަގީޗާގެ ދެމެދުގައި ދަނޑުބިމެއް ލެއްވީމެވެ.

  33. 33

    كِلْتَا ٱلْجَنَّتَيْنِ ءَاتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْـًٔا ۚ وَفَجَّرْنَا خِلَـٰلَهُمَا نَهَرًا

    Kiltal jannatayni ʹaatat ʹukulahaa wa-lam taz̤̣lim minhu shayʹañw wafajjarnaa khi-laalahumaa naharaa,

    ދެބަގީޗާގެ ގަސްތަކުގައި މޭވާއައިސް ފައްކާވެފައިވެއެވެ. އޭގެ މޭވާއާއި نتيجة ގެތެރެއިން ކުޑަމިންވަރެއްވެސް މަދުވެ އުނިވެގެންނުވެއެވެ. އަދި އެދެބަގީޗާގެދެމެދުގައި (ގަސްތަކުގެތެރޭގައި) ތިމަންރަސްކަލާނގެ ފެންއާރެއް ފަޅުއްވައި ހިންގެވީމެވެ. (ހުރިހާ ގޮތަކުންވެސް ކަންތައްތައް އޭނާއަށް ބަރާބަރުވެގެންވެއެވެ.)

  34. 34

    وَكَانَ لَهُۥ ثَمَرٌ فَقَالَ لِصَـٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا

    Wa-kaana lahoo s̤amar: faq̣aala liṣaaḥibihee wa-huwa yuḥaawiruhooo ʹana ʹaks̤aru miñka maalañw waʹaʻazzu nafaraa.

    އަދި އޭނާއަށް ގިނަވެގެންވާ މޭވާވެއެވެ. (އަދި ރަނާއި ރިހި އަދި ގިނަމުދާވެއެވެ.) ދެންފަހެ އޭނާ އޭނާގެ އެކުވެރިޔާއާއި (فقير މީހާއާ) ވާހަކަދެއްކުމުގެތެރޭގައި ބުންޏެވެ. "ކަލެއަށްވުރެ އަހުރެން މުދާގިނަވެފައި އަދި މީހުން ގިނަވުމުގެގޮތުން މާ عزّة ތެރިއެވެ."

  35. 35

    وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٌ لِّنَفْسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَـٰذِهِۦٓ أَبَدًا

    Wa-dakhala jannatahoo wa-huwa z̤̣aalimul linafsih: q̣aala maaa ʹaz̤̣unnu ʹañ tabeeda haaẓiheee ʹabadaa.

    އަދި އޭނާ އޭނާގެ ބަގީޗާއަށްވަނީ އޭނާގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ حال ގައެވެ. (އެއީ محشر އަށް ފޮނުއްވުމާއިމެދު كافر ވުމާއި قيامة ވުމާ މެދު ޝައްކުވުމާއި މިބާވަތުގެ ކަންތަކުގެ ސަބަބުންނެވެ.) އޭނާ ބުންޏެވެ. އަހުރެން ހީކުރާގޮތުގައި އަހުރެންގެ މިމުދާ ދުވަހަކުވެސް ހަލާކުވެގެން ނުދާނެއެވެ.

  36. 36

    وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّى لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا

    Wa-maaa ʹaz̤̣unnus saaʻata q̣aaaʹimatañw walaʹir rudittu ʹilaa Rabbee laʹajidanna khayram minhaa muñq̣alabaa.

    އަދި (އޭނާ ބުންޏެވެ.) "އަހުރެން ހީކުރާގޮތުގައި ތިޔަބުނާ قيامة ދުވަހެއް ނާންނާނެއެވެ. (އަދި ކަލޭ ތިޔަބުނާގޮތަށް قيامة قائم ވެގެން) އަހުރެން އަހުރެންގެ ربّ ގެ حضرة އަށް ދެވުނުނަމަވެސް އަހުރެންގެ މިބަގީޗާއަށްވުރެ މާހެޔޮ ރަނގަޅުތަކެތި އަހުރެންނަށް އެނބުރި ދެވޭތަނުގެ ގޮތުން ލިބޭނެއެވެ."

  37. 37

    قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرْتَ بِٱلَّذِى خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّىٰكَ رَجُلًا

    Q̣aala lahoo ṣaaḥibuhoo wa-huwa yuḥaawiruhooo ʹakafarta billaẓee khalaq̣aka miñ turaabiñ s̤umma min nuṭfatiñ s̤umma sawwaaka rajulaa?

    އޭނާގެ (فقير) އެކުވެރިޔާ އޭނާއަށް ވާހަކަދައްކާ حال ބުންޏެވެ. "ކަލޭ ކަލޭހެއްދެވި ކަލާނގެއަށް ކާފަރުވެއްޖައީމުއެވެ. އެކަލާނގެއީ ކަލޭގެ ބައްޕަ (آدم عليه السّلام) ވެލިން ހައްދަވައި އަދި ކަލޭ މަނިފޮދުވަރަކުން ހައްދަވައި ދެން ފުރިހަމަ ބަރާބަރު ފިރިހެނަކަށް ހެއްދެވި ކަލާނގެއެވެ."

  38. 38

    لَّـٰكِنَّا۠ هُوَ ٱللَّهُ رَبِّى وَلَآ أُشْرِكُ بِرَبِّىٓ أَحَدًا

    Laakinna Huwal laahu Rabbee wa-laaa ʹushriku bi-Rabbeee ʹaḥadaa.

    އެހެނެއްކަމަކު އަހުރެން (އެކަލާނގެއަށް ކާފަރުނުވާހުށީމެވެ.) ﷲ އެއީ ކަނޑައެޅިގެން އަހުރެންގެ ربّ އެވެ. އަހުރެން އަހުރެންގެ ربّ އާއި ހަމައެކަކާއިވެސް شريك ނުކުރާހުރީމެވެ. ބައިވެރި ނުކުރާހުރީމެވެ.

  39. 39

    وَلَوْلَآ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ ۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالًا وَوَلَدًا

    Wa-lawlaaa ʹiẓ dakhalta jannataka q̣ulta maa- shaaaʹal laahu Laa- q̣uwwata ʹillaa billaah! ʹIñ tarani ʹana ʹaq̣alla miñka maalañw wawaladaa.

    ކަލޭ ކަލޭގެ ބަގީޗާއަށް ވަތްއިރު "ﷲ އިރާދަކުރެއްވިގޮތެވެ. ﷲ ގެ حضرة ންމެނުވީ ބާރެއް ލިބުމެއް ނުވެއެވެ." މިފަދައިން ބުނިނަމައެވެ. (އެފަދައިން ނުބުނީ ކީއްވެހެއްޔެވެ؟) ކަލެއަށްވުރެ އަހުރެން މުދަލާއި ދަރިން މަދުކަމުގައި ކަލޭ ދުއްނަމަވެސްމެއެވެ.

  40. 40

    فَعَسَىٰ رَبِّىٓ أَن يُؤْتِيَنِ خَيْرًا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًا مِّنَ ٱلسَّمَآءِ فَتُصْبِحَ صَعِيدًا زَلَقًا

    Faʻasaa Rabbeee ʹañy yuʹtiyani khayram miñ jannatika wa-yursila ʻalayhaa ḥusbaanam minas samaaaʹi fatuṣbiḥa ṣaʻeedañ zalaq̣aa!―

    "އަހުރެންގެ ربّ އަހުރެންނަށް ކަލޭގެ ބަގީޗާއަށްވުރެ މާހެޔޮއެއްޗެތި ދެއްވުން أمّيد ކުރެވެއެވެ. އަދި ކަލޭގެ ބަގީޗާއަށް އެކަލާނގެ އުޑުން عذاب އެއް ފޮނުއްވައި އެތަނަކީ އެއްވެސް އެއްޗެއްނުވާ ފައިކައްސާލާކަހަލަ އޮމާން ހުސްބިމަކަށް ހައްދަވައިފާނެއެވެ.

  41. 41

    أَوْ يُصْبِحَ مَآؤُهَا غَوْرًا فَلَن تَسْتَطِيعَ لَهُۥ طَلَبًا

    ʹAw yuṣbiḥa maaaʹuhaa g̣awrañ falañ tastaṭeeʻa lahoo ṭalabaa.

    ނުވަތަ އެތަނަކީ އެތާނގެ ފެން އެތާނގެ ބިމުގެ އަޑިއަށް އެކަށްވަދެގެންގޮސް ފެންފޮދެއް ނެތްތަނަކަށް ވެދާނެއެވެ. ދެން އޭރުން އެފެން ހޯދުމަށް ކަލެއަށް ކުޅަދާނަވެގެން ނުވާނެއެވެ." • ދަންނައެވެ! ކަންވީގޮތަކީވެސް އެއީއެވެ. ދެބަގީޗާގެވެރިޔާ ބަގީޗާއަށް ދިޔައިރު އެތަންއޮތީ އެކަށް ހަލާކުވެފައެވެ! ކޮންމެވެސް ބަލާއެއް ފޮނުއްވައި އެތަން މުޅިން ސުންނާފަތިވެ ހަލާކުވީއެވެ. އޭނާ އެތަންތަނަށް ކުރި خرد އާއި ހޭދައިގެ ބަދަލުގައި އެއްވެސް منفع އެއް ލިބެންނެތި ގަސްތައްވެރި ބަރުބާދުވެފައެވެ. ދެން މިލިޔާ ދެތިން އާޔަތުގައި އެވަނީ އެޔާބެހޭ ވާހަކައިގެ خلاصة އެވެ.

  42. 42

    وَأُحِيطَ بِثَمَرِهِۦ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَآ أَنفَقَ فِيهَا وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَـٰلَيْتَنِى لَمْ أُشْرِكْ بِرَبِّىٓ أَحَدًا

    Wa-ʹuḥeeṭa bis̤amarihee faʹaṣbaḥa yuq̣allibu kaffayhi ʻalaa maaa ʹañfaq̣a feehaa wa-hiya khaawiyatun ʻalaa ʻurooshihaa wa-yaq̣oolu yaalaytanee lam ʹushrik bi-Rabbeee ʹaḥadaa!

    އަދި އޭނާގެ މޭވާތައް (އޭނާގެ މުދާތައް) ވަށައިލެވިއްޖެއެވެ. އެބަހީ: އޭނާގެ މުދާތަކަށް ކޮންމެވެސް އާފާތެއް ﷲ ފޮނުއްވައި އެތަކެތި ހަލާކުކުރައްވައިފިއެވެ. ދެންފަހެ އޭނާ އެބަގީޗާއަށްކުރި خرد އާއި އަދި އެޔަށްޖެހިފައިވާ مصيبة ގެ ސަބަބުން އެކަމާ ހިތާމައިން އޭނާގެ ދެއަތްތިލަ ފުރޮޅާކަމުގައިވިއެވެ. އަދި އޭނާ ބުނެއެވެ. "އަހުރެން އަހުރެންގެ ربّ އާއި އެކައްޗަކާވެސް شريك ނުކުރެވުނުނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟"

  43. 43

    وَلَمْ تَكُن لَّهُۥ فِئَةٌ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا

    Wa-lam takul lahoo fiʹatuñy yañṣuroonahoo miñ doonil laahi wa-maa kaana muñtaṣiraa.

    އަދި އޭނާއަށް نصر ދީ އެހީތެރިވާނޭ އެއްވެސް جماعة އެއް ﷲ ފިޔަވައި އޭނާއަކަށް ނުވިއެވެ. އަދި (ﷲ ގެ عذاب) مَنَعَ ކުރެވޭނެމީހަކުކަމުގައި އޭނާ ނުވިއެވެ.

  44. 44

    هُنَالِكَ ٱلْوَلَـٰيَةُ لِلَّهِ ٱلْحَقِّ ۚ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا

    Hunaalikal walaayatu lillaahil Ḥaq̣q̣. Huwa Khayrun s̤awaabañw wa-Khayruñ ʻuq̣baa.

    (قيامة ދުވަހުން) ވެރިކަމާއި مِلْكُ ވަނީ ހަމައެކަނި حقّ ވަންތަ ﷲ އަށެވެ. އެކަލާނގެއީ ثواب ދެއްވުމުގެގޮތުންނާއި އަދި ފަހުކޮޅުގެ ދަރުމަޔާއި جزاء ދެއްވުމުގެގޮތުން ހެޔޮވެގެންވާ ކަލާނގެއެވެ.

  45. 45

    وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ ٱلرِّيَـٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ مُّقْتَدِرًا

    Waḍrib lahum mas̤alal ḥayaatid dunyaa kamaaaʹin ʹañzalnaahu minas samaaaʹi fakhtalaṭa bihee nabaatul ʹarḍi faʹaṣbaḥa hasheemañ taẓroohur riyaaḥ: wa-kaanal laahu ʻalaa kulli shayʹim Muq̣tadiraa.

    (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު އެމީހުންނަށް ދުނިޔޭގެ حياة ގެ މިސާލު ޖައްސަވައިދެއްވާށެވެ! އެއީ އުޑުން ތިމަންރަސްކަލާނގެ ބާވައިލެއްވި ފެނެއްގެ މިސާލެވެ. ވާރޭގަނޑެއްގެ މިސާލެވެ. ދެން އެވާރޭފެން ވެހި، އެފެނާއި ބިމުގެ ފަތްޕިލާވެލި އެކުވެ (ގަސްތައް ރަގަނޅުވެ ފައްކާވުމަށްފަހު) ދެން ގަސްތައްހިކި ކުދިކުދިވެ ވަޔަށް ބުރައިގެންދާފަދަ ކުނޑިތަކަކަށްވީއެވެ. އަދި ﷲ تعالى ކޮންމެކަމަކަށް ކުޅަދުންވަންތަ ކަލަކުކަމުގައި ވޮޑިގެންވިއެވެ. • ދަންނައެވެ. ﷲ تعالى ދުނިޔޭގެ حياة ގެ މިސާލު ފެނެއްގެ މިސާލުގައި މިޖެއްސެވީ ފެނަކީ އެއްތަނެއްގައި قائم ވެ އޮންނައެއްޗެއްނޫނެވެ. އެފަދައިން ދުނިޔެވެސް އެއް حالة އެއްގައި ނުއޮންނާނެއެވެ. ހަމައެފަދައިން ފެނަކީ އަބަދު އޮންނަ އެއްޗެއްނޫނެވެ. ދުނިޔެވެސް އެފަދައިން ދެމިނުއޮންނާނެއެވެ. ހަމައެފަދައިން ވަކިމިންވަރަކަށް ފެންހުރެއްޖެނަމަ منفع ކުރާނެއެވެ. ގިނަވެއްޖެއްޔާ ގެއްލުން ދީފާނެއެވެ. ދުނިޔެވެސް އެފަދައެވެ. ދުނިޔެއިން ފުދޭ ވަކިމިންވަރެއް ފައިދާކުރާނެއެވެ. ގިނބައިވަރުތަކުން ގެއްލުންކުރާނެއެވެ. - والله أعلم މިއީ حكمة ތެރިންގެ ބައެއްބަހެވެ.

  46. 46

    ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱلْبَـٰقِيَـٰتُ ٱلصَّـٰلِحَـٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا

    ʹAlmaalu walbanoona zeenatul ḥayaatid dunyaa: wal-baaq̣iyaatuṣ ṣaaliḥaatu khayrun ʻiñda Rabbika s̤awaabañw wakhayrun ʹamalaa.

    މުދަލާއި ދަރިންނަކީ ދުނިޔޭގެ حياة ގެ ޒީނަތެކެވެ. އަދި بَاقِيَاتُ الصَّالِحَات އަކީ ކަލޭގެފާނުންގެ ربّ ގެ حضرة ގައި މާހެޔޮވެގެންވާ އެއްޗެކެވެ. ثواب ގެގޮތުންނާއި ފަހުކޮޅު ދަރުމަދެއްވުމުގެ މާހެޔޮވެގެންވެއެވެ. • ދަންނައެވެ. بَاقِيَاتُ الصَّالِحَات އަކާއިމެދު ދަންނަބޭކަލުންގެ މެދުގައި ބަސްތަފާތެވެ. ވަރަށްގިނަ ބޭކަލުން ވިދާޅުވަނީ އެއީ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ اْلعَظِيْم މިބަސްތައްކަމަށެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ فرض ފަސްނަމާދު ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ آخرة އަށްޓަކައި ކުރެވޭ ކޮންމެ صالح عمل އެއް ކަމަށެވެ. އެއީ ބުނާބަހެއްނަމަވެސް ކުރާ عمل އެއްނަމަވެސް ހަމަހަމައެވެ. އަދި މިނޫންގޮތްގޮތަށްވެސް ބުނެވެއެވެ. والله أعلم.

  47. 47

    وَيَوْمَ نُسَيِّرُ ٱلْجِبَالَ وَتَرَى ٱلْأَرْضَ بَارِزَةً وَحَشَرْنَـٰهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا

    Wa-yawma nusayyirul jibaala wa-taral ʹarḍa baarizatañw waḥasharnaahum falam nug̣aadir minhum ʹaḥadaa.

    އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ދުއްވައިލާ ވިއްސިވިހާލިކޮށްލައްވާ ދުވަސް (ހަނދުމަފުޅުކުރައްވާށެވެ!) އަދި ބިންގަނޑު އެއްވެސްއެއްޗެއްނެތި ހަމަ ހާމަޔަށް ވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. (ނުވަތަ އެބިމުގައި ވަޅުލެވިފައިވާހާ މީހުންނާއި ތަކެތި ނެރެ ފައުޅުވެގެން ވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.) އަދި އޭގެތެރެއިން އެކަކުވެސް ދޫނުކުރައްވައި ތިމަންރަސްކަލާނގެ އެމީހުން محشر ކުރައްވާހުށީމެވެ. އެއްކުރައްވާހުށީމެވެ.

  48. 48

    وَعُرِضُوا۟ عَلَىٰ رَبِّكَ صَفًّا لَّقَدْ جِئْتُمُونَا كَمَا خَلَقْنَـٰكُمْ أَوَّلَ مَرَّةٍۭ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا

    Wa-ʻuriḍoo ʻalaa Rabbika ṣaffaa. Laq̣ad jiʹtumoonaa kamaa khalaq̣naakum ʹawwala marratim bal zaʻamtum ʹallan najʻala lakum mawʻidaa:

    އަދި އެމީހުން ކަލޭގެފާނުންގެ ربّ ގެ حضرة އަށް ސަފަކަށް ހުށަހެޅޭނެއެވެ. (އަދި އެމީހުންނަށް އެންގޭނެއެވެ.) "ހަމަކަށަވަރުން ފުރަތަމަފަހަރު ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވިފަދައިން ތިމަންރަސްކަލާނގެ حضرة އަށް ކަލޭމެން ގެނެވުނީއެވެ. އަދި ކިއެއްހެއްޔެވެ. ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ހީކުރީ ތިމަންރަސްކަލާނގެ ކަލޭމެނަށް ކަނޑައެޅިގެންވާ ވަކިވަގުތެއް (އެބަހީ: ހިސާބުބައްލަވާ عمل ތަކަށް جزاء ދެއްވުމަށް) ވަކިވަގުތެއް ނުލައްވާނެކަމަށެވެ." (މިއީ قيامة ދޮގުކުރިމީހުންނަށް އެންގެވޭ އެންގެވުމެކެވެ.)

  49. 49

    وَوُضِعَ ٱلْكِتَـٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَـٰوَيْلَتَنَا مَالِ هَـٰذَا ٱلْكِتَـٰبِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا

    Wa-wuḍiʻal Kitaabu fataral mujrimeena mushfiq̣eena mimmaa feehi wa-yaq̣ooloona yaa-waylatanaa maa lihaaẓal kitaabi laa- yug̣aadiru ṣag̣eeratañw walaa kabeeratan ʹillaaa ʹaḥṣaahaa! Wawajadoo maa- ʻamiloo ḥaaḍiraa: walaa yaz̤̣limu Rabbuka ʹaḥadaa.

    އަދި عمل ގެ ފަތް ބޭއްވެވިދެއެވެ. (އެބަހީ: عمل ގެ ފަތް ކޮންމެމީހެއްގެ އަތުގައި ބޭއްވިދެއެވެ.) ފަހެ مجرم ން -އެބަހީ: ނުބައިނުލަފާމީހުން - އެމީހުންގެ ފަތުގައިވާތަކެތި ދެކެފައި ބިރުން ސިހިގެންދާނެއެވެ. (ހިތާމަކޮށް ރޮއިހަދާނެއެވެ.) އަދި ބުނާނެއެވެ. "އަހުރެމެންގެމައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މިއީ ކޮންކަހަލަ ފަތެއްހެއްޔެވެ. ކިތައްމެ ކުޑަފާފައެއްވިޔަސް އަދި ބޮޑުފާފައެއްވިޔަސް އޭގައި ނުހިމަނާ ނުވެއެވެ. (ހުރިހާ އެއްޗެއް އެބަހުއްޓެވެ.) " އަދި އެމީހުން ދުނިޔޭގައި ކުރިނަމަކުރި عمل އެއް حاضر ވެގެންވާތީ އެމީހުން ދެކޭނެއެވެ.

  50. 50

    وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ كَانَ مِنَ ٱلْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِۦٓ ۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوْلِيَآءَ مِن دُونِى وَهُمْ لَكُمْ عَدُوٌّۢ ۚ بِئْسَ لِلظَّـٰلِمِينَ بَدَلًا

    Wa-ʹiẓ q̣ulnaa lil-malaaaʹikatis judoo liʹAadama fasajadooo ʹillaaa ʹIblees. Kaana minal Jinni fafasaq̣a ʻan ʹAmri Rabbih. ʹAfatattakhiẓoonahoo waẓurriyyatahooo ʹawliyaaaʹa miñ doonee wa-hum lakum ʻaduww! Biʹsa liz̤̣z̤̣aalimeena badalaa!

    އަދި آدم (عليه السّلام) އަށް سجدة ކުރުމަށް ملائكة ބޭކަލުންނަށް ތިމަންރަސްކަލާނގެ އެންގެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) ފަހެ إبليس މެނުވީ އެންމެހައި ملائكة ބޭކަލުން سجدة ކުރެއްވިއެވެ. އޭނާވީ جِنِّ ންގެތެރެއިންނެވެ. ފަހެ އޭނާ އޭނާގެ ربّ ގެ أمر ފުޅު ރައްދުކޮށް އެކަލާނގެ ކިޔަމަނުން ނުކުމެއްޖެއެވެ. آدم عليه السّلام އަށް سجدة ނުކުރިއެވެ. (އޭ آدم ގެދަރިންނޭވެ!) އެ إبليس އާއި އޭނާގެ ދަރިފަސްކޮޅު ކަލޭމެންގެ عدوّ ންކަމުގައިވާ حال ވެސް ކަލޭމެން ތިމަންރަސްކަލާނގެ ފިޔަވައި އެއީސަހަރޯވެރިންކަމުގައި ބަލައި إختيار ކުރަނީހެއްޔެވެ؟ ކާފަރު އަދި އަނިޔާވެރިންގެ ބަދަލަކީ ނުބައިވެގެންވާ ބަދަލެކެވެ. (އެއީ ﷲ އަށް ކިޔަމަންވުމުގެ ބަދަލުގައި إبليس އަށް ކިޔަމަންވުމެވެ.)

  51. 51

    ۞ مَّآ أَشْهَدتُّهُمْ خَلْقَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ ٱلْمُضِلِّينَ عَضُدًا

    Maaa ʹash-hattuhum khalq̣as samaawaati wal-ʹarḍi wa-laa khalq̣a ʹañfusihim: wa-maa kuñtu muttakhiẓal muḍilleena ʻaḍudaa!

    އަދި ތިމަންރަސްކަލާނގެ އުޑުތަކާއި ބިންހެއްދެވުމުގައި (އެހީތެރިވާން) إبليس އާއި އޭނާގެ ދަރިފަސްކޮޅު حاضر ނުކުރުވަމެވެ. އަދި އެމީހުން (އެއްބަޔަކު ހެއްދެވިއިރު އަނެއްބަޔަކުވެސް) حاضر ނުކުރުވަމެވެ. އަދި ވާގިވެރިންކަމުގައި މީސްތަކުން މަގުފުރައްދާ ބަޔަކު ހިއްޕަވާނޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ. (އަދި ކިއެއްހެއްޔެވެ. އެހުރިހާ ތަކެތި ހެއްދެވީ އެއްވެސް އެހީތެރި ވާގިވެރިއަކާނުލައި ހަމަ ތިމަންރަސްކަލާނގެ އެކަންޏެވެ.)

  52. 52

    وَيَوْمَ يَقُولُ نَادُوا۟ شُرَكَآءِىَ ٱلَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا

    Wa-Yawma yaq̣oolu naadoo shurakaaaʹi yal-laẓeena zaʻamtum fadaʻawhum falam yastajeeboo lahum wa-jaʻalnaa baynahum maw-biq̣aa.

    (އަދި އެ مشرك ންނަށް) އެކަލާނގެ އަންގަވާދުވަސް (ހަނދުމަފުޅުކުރައްވާށެވެ!) (އެކަލާނގެ އަންގަވާނެއެވެ.) ތިމަންރަސްކަލާނގެއަށްވާ شريك ންކަމުގައި ކަލޭމެން ހީކުރި ފަރާތްތަކަށް ކަލޭމެން ގޮވާށެވެ! (އެއީ އެތަކެތި ކަލޭމެނަށް نصر ދީ ތިމަންރަސްކަލާނގެ عذاب مَنَعَ ކުރާށެވެ.) ދެންފަހެ އެމީހުން އެތަކެއްޗަށް ގޮވާނެއެވެ. އަދި އެތަކެތި އެމީހުންނަށް އެއްވެސް جواب އެއް ނުދޭނެއެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނާއި އެމީހުން އެހީކުރި شريك ންތަކާ ދެމެދު عداوة ތެރިކަމެއް ލެއްވީމެވެ. / ނުވަތަ ނަރަކައިގެ ވާދީއެއް ލެއްވީމެވެ. / ނުވަތަ ހަލާކުވާނެތަނެއް ލެއްވީމެވެ.

  53. 53

    وَرَءَا ٱلْمُجْرِمُونَ ٱلنَّارَ فَظَنُّوٓا۟ أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا۟ عَنْهَا مَصْرِفًا

    Wa-ra ʹal-mujrimoonan Naara faz̤̣annooo ʹannahum muwaaq̣iʻoohaa wa-lam yajidoo ʻanhaa maṣrifaa.

    އަދި ނުބައި ނުލަފާމީހުން (مجرم ން) ނަރަކަ ދެކޭނެއެވެ. އަދި އެމީހުން އެތަނަށް ވަންނާނެކަން އެމީހުންނަށް އެނގޭނެއެވެ. އަދި އެތަނާ ދުރަށް (އެއިން ބަޗައިގަންނާނެގޮތެއް) ދާނެ އެއްވެސްގޮތެއް އެމީހުންނަކަށް ނުފެންނާނެއެވެ.

  54. 54

    وَلَقَدْ صَرَّفْنَا فِى هَـٰذَا ٱلْقُرْءَانِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ ٱلْإِنسَـٰنُ أَكْثَرَ شَىْءٍ جَدَلًا

    Wa-laq̣ad ṣarrafnaa fee haaẓal Q̣urʹaani linnaasi miñ kulli mas̤al: wa-kaanal ʹIñsaanu ʹaks̤ara shayʹiñ jadalaa.

    އަދި ހަމަކަށަވަރުން ހުރިހާ ވައްތަރެއްގެ މިސާލެއް މީސްތަކުންނަށްޓަކައި މި قرآن ގައި ތިމަންރަސްކަލާނގެ ޖައްސަވާހެއްދެވީމެވެ. އަދި އިންސާނާ ވަނީ جدل ކުރުންބޮޑު، އިދިކޮޅުހެދުން ގަދަ މީހަކުކަމުގައެވެ.

  55. 55

    وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰ وَيَسْتَغْفِرُوا۟ رَبَّهُمْ إِلَّآ أَن تَأْتِيَهُمْ سُنَّةُ ٱلْأَوَّلِينَ أَوْ يَأْتِيَهُمُ ٱلْعَذَابُ قُبُلًا

    Wa-maa manaʻan naasa ʹañy yuʹminooo ʹiẓ jaaaʹahumul Hudaa wa-yastag̣firoo Rabbahum ʹillaaa ʹañ taʹtiyahum sunnatul ʹawwaleena ʹaw yaʹtiyahumul ʻAẓaabu q̣ubulaa?

    އަދި މީސްތަކުންގެގާތަށް ތެދުމަގު އައުމަށްފަހު އެމީހުން إيمان ވުމުން މަނާވެ އެމީހުން ގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް ދެންނެވުން މަނާވީކަމެއްކަމުގައި އިހުޒަމާނުގެ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ އެގެންދެވި أصول އަދި އެގޮތް އެމީހުންނަށްވެސް އައުން ކަމުގައިމެނުވީ ނުވެއެވެ. އެއީ عذاب އަންނަންދެން އީމާންނުވެ ތިބުމެވެ. ނުވަތަ ކުއްލިއަކަށް ނުވަތަ ހަމަފައުޅުގައި އެމީހުންނަށް عذاب އައުންކަމުގައިމެނުވީ ނުވެއެވެ.

  56. 56

    وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَـٰدِلُ ٱلَّذِينَ كَفَرُوا۟ بِٱلْبَـٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ ۖ وَٱتَّخَذُوٓا۟ ءَايَـٰتِى وَمَآ أُنذِرُوا۟ هُزُوًا

    Wa-maa nursilul mursaleena ʹillaa mubashshireena wa-muñẓireen: wa-yujaadilul laẓeena kafaroo bilbaaṭili liyudḥiḍoo bihil Ḥaq̣q̣: wattakhaẓooo ʹAayaatee wa-maaa ʹuñẓiroo huzuwaa!

    އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައި މެނުވީ ތިމަންރަސްކަލާނގެ رسول ބޭކަލުން ނުފޮނުއްވަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީ ތިމަންރަސްކަލާނގެއަށް ކިޔަމަންވާ އަޅުންނަށް قيامة ދުވަހުން ސުވަރުގެޔާއި އެތާނގެ ތަފާތު نعمة ތައް ހުރިކަމުގެ އުފާވެރިކަމުގެ خبر ދެއްވުމަށާއި އަދި ތިމަންރަސްކަލާނގެއަށް ނުކިޔަމަންތެރިވީ އަޅުންނަށް قيامة ދުވަހުން ނަރަކައާއި އެތާނގެ ތަފާތު عذاب ހުރިކަމުގެ ބިރުވެރި خبر ދެއްވުމަށެވެ.) އަދި ކާފަރުވެއްޖެ މީސްތަކުން باطل އަދި ތާކުންތާކުނުޖެހޭ دليل ތަކުން جدل ކޮށްހަދައެވެ. އެއީ حقّ ނެތިކޮށްލައި حقّ ފިލުވައިލުމަށެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި އެމީހުންނަށް إنذار ކުރެވުނު އަދި ބިރުގެންނެވުނުތަކެތި އެއީ މަލާމާތާއި ފުރައްސާރަޔަކަށް ހަދައިލިއެވެ. • ދަންނައެވެ! މިއާޔަތުގައިއެވާ آيَاتِي އޭ އޮތްބަސްފުޅުގެ މުރާދުކުރައްވަނީ ކީރިތި قرآن އާއި ދެންވެސް ބާވައިލެއްވި وحي އެވެ. އަދި އެމީހުންނަށް إنذار ވެވުނުތަކެތީގެ މުރާދަކީ رسول ބޭކަލުންނަށް ދެއްވުނު معجزة ތަކާއި عَادَ ފޫވައްޓަވައިފަނިވި ކަންތައްތަކެވެ. މިހުރިހާ ތަކެއްޗަކީ މަލާމާތްކުރެވޭ، باطل އަދި ކުޅިވަރުކަމުގައި ކާފަރުންތައް ހަދައިލިއެވެ.

  57. 57

    وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ فَأَعْرَضَ عَنْهَا وَنَسِىَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۖ وَإِن تَدْعُهُمْ إِلَى ٱلْهُدَىٰ فَلَن يَهْتَدُوٓا۟ إِذًا أَبَدًا

    Wa-man ʹaz̤̣lamu mimmañ ẓukkira biʹAayaati Rabbihee faʹaʻraḍa ʻanhaa Wanasiya maa- q̣addamat yadaah? ʹInnaa jaʻalnaa ʻalaa q̣uloobihim ʹakinnatan ʹañy yafq̣ahoohu wa-feee ʹaaẓaanihim waq̣raa. Wa-ʹiñ tadʻuhum ʹilal Hudaa falañy yahtadooo ʹiẓan ʹabadaa.

    އަދި އެމީހެއްގެ ގާތުގައި އެމީހެއްގެ ربّ ގެ އާޔަތްތައް ހަނދާންކޮށްދެވުމަށްފަހު ދެން އެ آية ތަކުން އޭނާ މޫނު އަނބުރައިލާ އަދި އޭނާކޮށްފައިވާ ފާފަތައް ހަނދާންނައްތާލި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުހުންނާނެއެވެ.) ހަމަކަށަވަރުން އެމީހުންގެ ހިތްތަކުގެމަތީގައި އެމީހުންނަށް ނުވިސްނޭނޭގޮތުން ތިމަންރަސްކަލާނގެ މައްޗެއް ނުވަތަ ހުރަހެއް ލެއްވީމެވެ. އަދި އެމީހުންގެ ކަންފަތްތަކުގެމަތީގައި ބައްކަމެއް (ބަރުކަމެއް) ލެއްވީމެވެ. ފަހެ ކަލޭގެފާނު އެމީހުންނަށް ތެދުމަގަށް ކިތަންމެވަރަކަށް ގޮވާލެއްވިޔަސް ހަމަހިލާދުވަހަކުވެސް އެމީހުންނަކަށް ތެދުމަގެއް ނުލިބޭނެއެވެ.

  58. 58

    وَرَبُّكَ ٱلْغَفُورُ ذُو ٱلرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا۟ لَعَجَّلَ لَهُمُ ٱلْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا۟ مِن دُونِهِۦ مَوْئِلًا

    Wa-Rabbukal G̣afooru Ẓur Raḥmah. Law yuʹaakhiẓuhum̃ bimaa kasaboo laʻajjala lahumul ʻaẓaab: bal lahum mawʻidul lañy yajidoo miñ doonihee mawʹilaa.

    (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނުންގެ ربّ އެއީ ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ. އަދި އެއީ رحمة ގެވެރިކަލާނގެއެވެ. އަދި އެމީސްތަކުންކުރާ ފާފަޔާއި ނުލަފާ ކަންތަކުގެ ސަބަބުން އެމީހުން ހިއްޕަވާނެނަމަ ހަމަކަށަވަރުން އެމީހުންނަށް عذاب އަވަސްކުރައްވައިފީހެވެ. އަދި އެހެންނަމަވެސް އެމީހުންނަށް (عذاب ދެއްވުމުގެ) ވަކިވަގުތެއް ކަނޑައެޅިގެން ވެއެވެ. (އެއީ قيامة ދުވަހެވެ.) އަދި އެކަލާނގެ ފިޔަވައި އެމީހުން ސަލާމަތްވާންދާނެތަނެއް އަދި ސަލާމަތްކޮށްދޭނެމީހަކު އެމީހުންނަކަށް ނުވާނެއެވެ.

  59. 59

    وَتِلْكَ ٱلْقُرَىٰٓ أَهْلَكْنَـٰهُمْ لَمَّا ظَلَمُوا۟ وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا

    Wa-tilkal q̣uraaa ʹahlaknaahum lammaa z̤̣alamoo wa-jaʻalnaa limahlikihim mawʻidaa.

    އަދި ތިމަންރަސްކަލާނގެ އެހަލާކުކުރެއްވި ހުރިހާ ރަށްރަށެއް އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވީހިނދުން އެރަށްރަށް ހަލާކުކުރެއްވުމަށް ތިމަންރަސްކަލާނގެ ވަކިވަގުތެއް ކަނޑައެޅުއްވީމެވެ. (އެކަނޑައެޅުއްވި ވަގުތު އެރަށްރަށް ހަލާކުވެގެންދިޔައީއެވެ. އެކަންކަމުން މި مكّة ގެ أهل ވެރިން عبرة حاصل ކުރުންހުއްޓެވެ.)

  60. 60

    وَإِذْ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبْرَحُ حَتَّىٰٓ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُبًا

    Wa-ʹiẓ q̣aala Moosaa lifataahu laaa ʹabraḥu ḥattaaa ʹablug̣a majmaʻal baḥrayni ʹaw ʹamḍiya ḥuq̣ubaa.

    އަދި موسى (عليه السّلام) އެކަލޭގެފާނުންގެ އަރިހުގައިވާ ޒުވާނާއަށް (يُوْشَعُ بنُ نُون އަށް) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. "مَجْمَعَ الْبَحْرَيْنِ އެވެ ކިޔާތަނަށް (ދެކަނޑު އެއްވާތަނަށް - ދެކަނޑުގުޅޭތަނަށް) ދެވިއްޖައުމަށްދާންދެން ނުވަތަ އެތަކެއްދުވަސްތަކެއް ނުވަތަ އަހަރުތަކެއްވަންދެން އަހުރެމެންގެ މިދަތުރު ހުއްޓައިނުލާ ކުރިޔަށްދާހުށީމެވެ."

  61. 61

    فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ سَرَبًا

    Falammaa balag̣aa majmaʻa baynihimaa nasiyaa ḥootahumaa fattakhaẓa sabeelahoo fil baḥri sarabaa.

    ދެންފަހެ އޭގެ ދެބޭކަލުން އެހިސާބަށް ވަޑައިގެންނެވުނުހިނދުން (އެބަހީ: އެދެކަނޑުގުޅޭ ހިސާބަށް) ވަޑައިގެންނެވުނުހިނދުން އެދެބޭކަލުން (ގެންގޮސްފައިވާ) މަހުގެ މަތިން އެދެބޭކަލުން ހަނދުމަފުޅު ނެތިއްޖެއެވެ. އަދި އެމަސް އޭތިދިޔަގޮތް އެނގޭގޮތަށް ކަނޑުގައި މަގެއް ހަދައިފާ އޭތި ހިނގައްޖެއެވެ. (އެއީ ހޮރެއްގޮތަށް ހެދިފައިވާ މަގެކެވެ.)

  62. 62

    فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا

    Falammaa jaawazaa q̣aala lifataahu ʹaatinaa g̣adaaaʹanaa laq̣ad laq̣eenaa miñ safarinaa haaẓaa naṣabaa.

    ދެންފަހެ އޭގެ ދެބޭކަލުން އެތަން ފަހަނަޅައިކުރިޔަށް ވަޑައިގެންނެވުނުހިނދުން موسى (عليه السّلام) އެކަލޭގެފާނުންގެ ޒުވާނާއަށް ވިދާޅުވިއެވެ. "އަހުރެމެންގެ މެންދުރުގެ ކާނާގެންނާށެވެ! ހަމަކަށަވަރުން އަހުރެމެންގެ މިދަތުރުގައި އަހުރެމެންނަށް އުނދަގުލާއި ވަރުބަލިކަން ޖެހިއްޖެއެވެ."

  63. 63

    قَالَ أَرَءَيْتَ إِذْ أَوَيْنَآ إِلَى ٱلصَّخْرَةِ فَإِنِّى نَسِيتُ ٱلْحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيْطَـٰنُ أَنْ أَذْكُرَهُۥ ۚ وَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ عَجَبًا

    Q̣aala ʹaraʹayta ʹiẓ ʹawaynaaa ʹilaṣ ṣakhrati faʹinnee naseetul ḥoot? wa-maaa ʹañsaaneehu ʹillash Shayṭaanu ʹan ʹaẓkurah: wattakhaẓa sabeelahoo fil baḥri ʻajabaa!

    އެޒުވަނާ ދެންނެވިއެވެ. "ކަލޭގެފާނު ނިކަން ބައްލަވާށެވެ! އަހުރެމެން އެހިލަގަނޑުގެ ކައިރީގައި އަރާމުކޮށްލުމަށް ތިބިހިނދު އެމަހުގެމަތީން އަހުރެން ހަނދާންނެތިއްޖެއެވެ. އަދި އަހުރެން އެމަސްމަތިން ހަނދާންނައްތުވައިލީ شيطان އާކަމުގައިމެނުވީ ނުވެއެވެ."

  64. 64

    قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَٱرْتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصًا

    Q̣aala ẓaalika maa- kunnaa nabg̣i fartaddaa ʻalaaa ʹaas̤aarihimaa q̣aṣaṣaa.

    އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. "އަހުރެން އެދޭތަނަކީ އެއީއެވެ." ދެންފަހެ އެދެބޭކަލުން އެދެބޭކަލުން ވަޑައިގެންނެވިމަގުގެ އަސަރާ تبع ވެގެން އައިކޮޅަށް رجوع ވެވަޑައިގެންފިއެވެ. (އެމަސް ދިރިގެން ދިޔަ ހިސާބަށް ވަޑައިގެންފިއެވެ.)

  65. 65

    فَوَجَدَا عَبْدًا مِّنْ عِبَادِنَآ ءَاتَيْنَـٰهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَـٰهُ مِن لَّدُنَّا عِلْمًا

    Fawajadaa ʻAbdam min ʻibaadinaaa ʹaataynaahu Raḥmatam min ʻiñdinaa wa-ʻallamnaahu mil ladunna ʻIlmaa.

    ދެންފަހެ އެތަނުން އޭގެދެބޭކަލުން، ތިމަންރަސްކަލާނގެ އަޅުންކުރެ އަޅަކު ދެކެވަޑައިގެންފިއެވެ. އެއަޅަކީ ތިމަންރަސްކަލާނގެ حضرة ން އެއަޅާއަށް رحمة އެއް (خاصّ رحمة އެއް) ދެއްވާފައިވާ އަޅެކެވެ. އަދި އެއަޅާއަށް ތިމަންރަސްކަލާނގެ (خاصّ) علم އެއް އުގަންނަވައިދެއްވީމެވެ. އެއީ (خَضِرُ عليه السّلام ކަމުގައި مفسّر ން ވިދާޅުވިއެވެ.)

  66. 66

    قَالَ لَهُۥ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا

    Q̣aala lahoo Moosaa hal ʹattabiʻuka ʻalaaa ʹañ tuʻallimani mimmaa ʻullimta rushdaa?

    موسى عليه السّلام އެބޭކަލަކަށް ވިދާޅުވިއެވެ. "ތެދުމަގާއި حقّ ގެތެރެއިން ކަލޭގެފާނަށް އުގަންނަވައިދެއްވިފައިވާ ތަކެތީގެތެރެއިން އަހުރެންނަށް ކަލޭގެފާނު އުގަންނަވައިދެއްވުމުގެ މައްޗަށް ކަލޭގެފާނާ އަހުރެން تبع ވަންތޯއެވެ؟ (ކަލޭގެފާނުންގެ އަރިހުގައި އަހުރެން ގެންދަވާނުތޯއެވެ؟) "

  67. 67

    قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا

    Q̣aala ʹinnaka lañ tastaṭeeʻa maʻiya ṣabraa!

    އެބޭކަލަކު ވިދާޅުވިއެވެ. "ހަމަކަށަވަރުން ކަލޭގެފާނަށް އަހުރެންނާ އެކު ކެތްތެރިވެވަޑައިގެން ހުންނެވުމަކަށް ކުޅަދާނަފުޅު ނުވާނެއެވެ.

  68. 68

    وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِۦ خُبْرًا

    Wa-kayfa taṣbiru ʻalaa maa- lam tuḥiṭ bihee khubraa?

    އެކަމެއްގެ އެއްވެސް އެނގުމެއް އަދި خبر އެއް ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވާކަމެއްގެމައްޗަށް ކަލޭގެފާނު ކެތްކުރައްވާނީ ކޮންފަދައަކުންތޯއެވެ؟"

  69. 69

    قَالَ سَتَجِدُنِىٓ إِن شَآءَ ٱللَّهُ صَابِرًا وَلَآ أَعْصِى لَكَ أَمْرًا

    Q̣aala satajiduneee ʹiñ shaaa ʹallaahu ṣaabirañw walaaa ʹaʻṣee laka ʹamraa.

    އެކަލޭގެފާނު يعني: موسى (عليه السّلام) ވިދާޅުވިއެވެ. "ﷲ އިރާދަކުރެއްވިއްޔާ ކަލޭގެފާނު އަހުރެން ދެކެވަޑައިގަންނަވާނީ ކެތްތެރިއަކު ކަމުގައެވެ. އަދި ކަލޭގެފާނުންގެ އަމުރުފުޅަކަށް އަހުރެން ނުއުރެދޭހުށީމެވެ."

  70. 70

    قَالَ فَإِنِ ٱتَّبَعْتَنِى فَلَا تَسْـَٔلْنِى عَن شَىْءٍ حَتَّىٰٓ أُحْدِثَ لَكَ مِنْهُ ذِكْرًا

    Q̣aala faʹinit tabaʻtanee falaa tasʻalnee ʻañ shayʹin ḥattaaa ʹuḥdis̤a laka minhu ẓikraa.

    އެބޭކަލަކު ވިދާޅުވިއެވެ. "ކަލޭގެފާނު އަހުރެންނާ تبع ވެވަޑައިގަންނަވަންޏާ (އަހުރެންނާއެކު ވަޑައިގަންނަވަންޏާ) އެއްވެސްއެއްޗަކާ މެދު އަދި އެއްވެސްކަމަކާ މެދު އަހުރެން އެކަމެއް بيان ކޮށްދެއްވުމުގެގޮތުން ކަލޭގެފާނާ ފަށައިގެން ވާހަކަދައްކަވައިފުމަށްދާންދެން އެއްވެސްކަމަކާ މެދު އަހުރެންނާ ސުވާލު ނުކުރައްވާށެވެ!"

  71. 71

    فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْـًٔا إِمْرًا

    Fañṭalaq̣aa: ḥattaaa ʹiẓaa rakibaa fis safeenati kharaq̣ahaa. Q̣aala ʹakharaq̣tahaa litug̣riq̣a ʹahlahaa? Laq̣ad jiʹta shayʹan ʹimraa!

    ދެންފަހެ އެދެބޭކަލުން - އެބަހީ: موسى عليه السّلام އާ خَضِرُ عليه السّلام އާއި ދެބޭކަލުން (އެކުއެކުގައި) ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ނަވަކަށް އަރާވަޑައިގެންފުމަށްދާންދެނެވެ. (ދެން އެދެބޭކަލުން ނަވަށް އަރާވަޑައިގެން ހަމަޖެހިވަޑައިގަތުމަށްފަހު) خَضِرُ عليه السّلام އެނައުގެ (ފިލައެއް ނައްޓުވާލައްވާ) ނައު ފޫވައްޓަވާލައްވައިފިއެވެ. موسى عليه السّلام ވިދާޅުވިއެވެ. "ކަލޭގެފާނު އެނަވުގެ أهل ވެރިން غرق ކޮށްލެއްވުމަށްޓަކައި އެނައު ފޫވައްޓާލެއްވީތޯއެވެ؟ ހަމަކަށަވަރުން ތިޔަކުރެއްވީ ބޮޑުވެގެންވާ منكراة އެކެވެ."

  72. 72

    قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا

    Q̣aala ʹalam ʹaq̣ul ʹinnaka lañ tasṭateeʻa maʻiya ṣabraa?

    خَضِرُ عليه السّلام ވިދާޅުވިއެވެ. "ކަލޭގެފާނަށް އަހުރެންނާއެކު ކެތްތެރިވެވަޑައިގެން ނުހުންނެވޭނެ ވާހަކަ އަހުރެން ނުދަންނަވަންތޯއެވެ." (އެބަހީ: ދެންނެވީމެވެ.)

  73. 73

    قَالَ لَا تُؤَاخِذْنِى بِمَا نَسِيتُ وَلَا تُرْهِقْنِى مِنْ أَمْرِى عُسْرًا

    Q̣aala laa- tuʹaakhiẓnee bimaa naseetu wa-laa turhiq̣nee min ʹamree ʻusraa.

    موسى عليه السّلام ވިދާޅުވިއެވެ. "އަހުރެންނަށް ހަނދާންނެތުނުކަމަކާ މެދު ކަލޭގެފާނު އަހުރެން ކުށެއްކުރިކަމުގައި ނުބައްލަވާށެވެ. އަދި އަހުރެންގެ ކަންތަކުގައި އަހުރެންނަށް ކަލޭގެފާނު ދަތި އުނދަގޫ ނުޖައްސަވާށެވެ."

  74. 74

    فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَـٰمًا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًا زَكِيَّةًۢ بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْـًٔا نُّكْرًا

    Fañṭalaq̣aa: ḥattaaa ʹiẓaa laq̣iyaa g̣ulaamañ faq̣atalahoo q̣aala ʹaq̣atalta nafsañ zakiyyatam big̣ayri nafs? Laq̣ad jiʹta shayʹan nukraa!

    ދެންފަހެ އޭގެދެބޭކަލުން އެވަޑައިގަންނަވާމަގުން ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ކުޑަކުއްޖަކާ ބައްދަލުވެވަޑައިގެންފުމަށްދާންދެންނެވެ. ދެންފަހެ خَضِرُ عليه السّلام އެކުއްޖާ މަރުއްވާލައްވައިފިއެވެ. موسى عليه السّلام ވިދާޅުވިއެވެ. "އެއްވެސްމީހެއްގެ މަރުގެ ބަދަލަކާ ނުލައި ހަމަ طاهر نفس އެއް ކަލޭގެފާނު ތިޔަ މަރުއްވާލެއްވީތޯއެވެ؟ ހަމަކަށަވަރުން ތިޔަކުރެއްވީ ވަރަށްވެސް ބޮޑުވެގެންވާ منكراة އެކެވެ."

  75. 75

    ۞ قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا

    Q̣aala ʹalam ʹaq̣ul laka ʹinnaka lañ tastaṭeeʻa maʻiya ṣabraa?

    خَضِرُ عليه السّلام ވިދާޅުވިއެވެ. ކަލޭގެފާނަށް އަހުރެންނާއެކު ކެތްތެރިވެވަޑައިނުގެންނެވޭނެވާހަކަ ކަލޭގެފާނަށް އަހުރެން ނުދަންނަވަންތޯއެވެ؟ އެބަހީ: ދެންނެވީމެވެ.

  76. 76

    قَالَ إِن سَأَلْتُكَ عَن شَىْءٍۭ بَعْدَهَا فَلَا تُصَـٰحِبْنِى ۖ قَدْ بَلَغْتَ مِن لَّدُنِّى عُذْرًا

    Q̣aala ʹiñ saʹaltuka ʻañ shayʹim baʻdahaa falaa tuṣaaḥibnee: q̣ad balag̣ta mil ladunnee ʻuẓraa.

    موسى عليه السّلام ވިދާޅުވިއެވެ. މިފަހަރަށްފަހު ދެން އަހުރެން ކަލޭގެފާނާއި ސުވާލުކޮށްފިއްޔާ ދެން ކަލޭގެފާނު އަހުރެންނާއެކު ނުއުޅުއްވާނީއެވެ. އޭރުން ހަމަކަށަވަރުން (ކަލޭގެފާނު އަހުރެންނާ ވަކިވެވަޑައިގެންނެވުމަށް) އަހުރެންގެފަރާތުން عُذُرُ އެއް ކަލޭގެފާނަށް ލިބިވަޑައިގެންފިނޫންތޯއެވެ؟

  77. 77

    فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْا۟ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُۥ ۖ قَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ أَجْرًا

    Fañṭalaq̣aa: Ḥattaaa ʹiẓaaa ʹatayaaa ʹahla q̣aryatinis taṭʻamaaa ʹahlahaa faʹabaw ʹañy yuḍayyifoohumaa fawajadaa feehaa jidaarañy yureedu ʹañy yañq̣aḍḍa faʹaq̣aamah. Q̣aala law shiʹta lattakhaẓta ʻalayhi ʹajraa.

    ދެންފަހެ އޭގެދެބޭކަލުން (އަލުންވެސް) އެވަޑައިގަންނަވާގޮތަށް ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ރަށެއްގެ أَهل ވެރިންތަކަކާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އަދި އެދެބޭކަލުން އެރަށުގެ أهلވެރިންގެ ކިބައިން ކާއެތިކޮޅަކަށް އެދިވަޑައިގެންނެވިއެވެ. އަދި އެބައިމީހުން އެދެބޭކަލުންނަށް ކާއެތިކޮޅު ދިނުމުން (މެހްމާންދާރީ އަދާކުރުމުން) މަނާވެގެންފިއެވެ. (ކާއެތިކޮޅު ނުދެއްވިއެވެ. ދެން އެދެބޭކަލުން އެތަނުން ވަޑައިގެންނެވީއެވެ.) އަދި ވެއްޓޭން ގާތްވެފައިވާ ފާރެއް އެދެބޭކަލުން އެރަށުން ދެކެވަޑައިގެންނެވިއެވެ. ދެން خَضِرُ عليه السّلام އެފާރު ތެދުކުރައްވާ ރަނގަޅަށް قائم ކުރެއްވިއެވެ. موسى عليه السّلام ވިދާޅުވިއެވެ. ކަލޭގެފާނު އެދިވަޑައިގެންފިއްޔާ ތިޔަކުރެއްވި ކަންތަކުގެމައްޗަށް އުޖޫރައެއް ހިތްޕެވިދާނެއެވެ.

  78. 78

    قَالَ هَـٰذَا فِرَاقُ بَيْنِى وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا

    Q̣aala haaẓaa firaaq̣u baynee wa-baynik: saʹunabbiʹuka bitaʹweeli maa- lam tastaṭiʻ ʻalayhi ṣabraa.

    އެކަލޭގެފާނު يعني: (خَضِر عليه السّلام) ވިދާޅުވިއެވެ. މިފަހަރު ދެން މިއީ އަހުރެންނާއި ކަލޭގެފާނާއި ދެމެދު ވަކިވާ ފަހަރެވެ. އަދި ކަލޭގެފާނު އެކަންކަމުގެ މައްޗަށް ކެތްތެރިވެވަޑައިގެންނެވުމަށް ކުޅަދާނަ ފުޅުވެވަޑައިނުގެންނެވުނު ކަންކަމުގެ خبر ނިކަންހުރެ އަހުރެން ކަލޭގެފާނަށް ދަންނަވާ بيان ކޮށްދެއްވާހުށީމެވެ.

  79. 79

    أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَـٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا

    ʹAmmas safeenatu fakaanat limasaakeena yaʻmaloona fil baḥri faʹarattu ʹan ʹaʻeebahaa wa-kaana wa-raaaʹahum malikuñy yaʹkhuẓu kulla safeenatin g̣aṣbaa.

    އެނައު ދަންނައެވެ. އެނައު އެއީ ނިކަމެތި މިސްކީނުބަޔަކުގެ އެއްޗެކެވެ. އެމީހުން ކުއްޔަށް މީހުން އުފުލުމަށް ކަނޑުގައި ދަތުރުކުރަނީއެވެ. ދެންފަހެ އަހުރެން قصد ކުރީ އެނައު އައިބު ކޮށްލާށެވެ. އެހެނީ އެމީހުން އެދާދިމާލުގައި (އަނިޔާވެރި) ރަސްކަލެއްވެއެވެ. އެރަސްގެފާނު އެގޮތަށް ސަލާމަތުން އައިބެއް ނެތިވާ ކޮންމެ ނަވެއް غَصْبُ ން އަތުލައިގަނެއެވެ. (އެހެންވެ އެނައު އައިބު ކޮށްލީއެވެ. ބުނެވެނީ ދެން އެނައު އައިކޮޅަށް އަނބުރާފައިގޮސް ރަސްގެފާނުންގެ އަތުން ސަލާމަތްވީކަމަށެވެ.)

  80. 80

    وَأَمَّا ٱلْغُلَـٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَـٰنًا وَكُفْرًا

    Wa-ʹammal g̣ulaamu fakaana ʹabawaahu Muʹminayni fakhasheenaaa ʹañy yurhiq̣ahumaa ṭug̣yaanañw wakufraa.

    އަދި އެކުޑަކުއްޖާ ދަންނައެވެ. އެކުއްޖާގެ މައިންބަފައިންނަކީ ދެ مؤمن ންކަމުގައިވިއެވެ. (އަދި އެކުއްޖާއަކީ ނުބައި ނުލަފާ ކުއްޖަކުކަމުގައިވިއެވެ. އަދި އެއްރިވާޔަތެއްގައިވަނީ އެއީ ކާފަރުވާނެ ކުއްޖެއްކަމަށެވެ.) ދެންފަހެ އެކުއްޖާ ބޮޑުވެގެން އެކުއްޖާގެ މައިންބަފައިންނަށް ނުކިޔަމަންތެރިކަމާއި ކާފަރުކަން ޖައްސައިފާނެކަމަށް އަހުރެން ބިރުގަތީއެވެ. (އެހެންވެ އެކުއްޖާ މެރީއެވެ.)

  81. 81

    فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَوٰةً وَأَقْرَبَ رُحْمًا

    Faʹaradnaaa ʹañy yubdilahumaa Rabbuhumaa khayram minhu zakaatañw waʹaq̣raba ruḥmaa.

    އަދި އަހުރެން އެދުނީ އެކުއްޖާގެ ބަދަލުގައި އެދެމީހުންނަށް ދީންވެރިކަމާއި طاهر ކަމާއި އަދި رَحم އާއި އޯގާވެރިކަމުގެގޮތުން މާހެޔޮ ރަނގަޅު ދަރިއަކު ދެއްވުމަށެވެ.

  82. 82

    وَأَمَّا ٱلْجِدَارُ فَكَانَ لِغُلَـٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَـٰلِحًا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُۥ عَنْ أَمْرِى ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا

    Wa-ʹammal jidaaru fakaana lig̣ulaamayni yateemayni fil Madeenati wa-kaana taḥtahoo kañzul lahumaa wa-kaana ʹaboohumaa ṣaaliḥaa: faʹaraada Rabbuka ʹañy yablug̣aaa ʹashuddahumaa wa-yastakhrijaa kañzahumaa raḥmatam mir Rabbik. Wa-maa faʻaltuhoo ʻan ʹamree. Ẓaalika taʹweelu maa- lam tasṭiʻ ʻalayhi ṣabraa.

    އަދި އެފާރު ދަންނައެވެ. އެއީ އެރަށުގައިވާ يتيم ދެކުދިންގެ ފާރެއްކަމުގައިވިއެވެ. އަދި އެތާނގެ ދަށުގައި އެދެކުދިންނަށްވާ خزانة އެއްވެއެވެ. އަދި އެދެކުދިންގެ ބައްޕައަކީ صالح މާތްމީހަކުކަމުގައިވިއެވެ. ދެންފަހެ ކަލޭގެފާނުންގެ ربّ އެދިވޮޑިގެންނެވީ އެދެކުދީން ބޮޑުވެ تصرّف ފުދުމަށްފަހު އެދެކުދިންނަށް އެދެކުދިންގެ خزانة ނެރެދެއްވުމަށެވެ. އެއީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި އަހުރެން އެކަންކަން ކުރީ އަހުރެންގެ އަމިއްލަ رَأى އާއި ވިސްނުމަކަށްނޫނެވެ. (އެންގެވުމެއްގެމަތީންނެވެ.) ކަލޭގެފާނަށް އެކަންކަމުގެމައްޗަށް ކެތްތެރިވެ ވަޑައިނުގެންނެވުނު ކަންކަމުގެ تفسير އަކީ އަދި ބަޔާނަކީ އެއީއެވެ.

  83. 83

    وَيَسْـَٔلُونَكَ عَن ذِى ٱلْقَرْنَيْنِ ۖ قُلْ سَأَتْلُوا۟ عَلَيْكُم مِّنْهُ ذِكْرًا

    Wa-yasʹaloonaka ʻañ Ẓil Q̣arnayn. Q̣ul saʹatloo ʻalaykum minhu ẓikraa.

    (އޭ رسول ﷲ އެވެ.) އެމީހުން - (يعني: يهودي ންބުނެގެން مشرك ން ބުނެއެވެ.) ذُوْالْقَرْنَيْنِ އާއި ބެހޭގޮތުން ކަލޭގެފާނާއި ސުވާލުކުރާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ނިކަންހުރެ ކަލޭމެނަށް އަހުރެން އެކަލޭގެފާނުންގެ خبر (وحي ގެ ذريعة އިން) ކިޔައިދޭހުރީމެވެ. • ދަންނައެވެ. ذُوْالْقَرْنَيْنِ އަކީ ކޮން ބޭކަލެއްކަމާމެދު تفسير علم ވެރިންގެ ފޮތްތަކާއި تاريخ ފޮތްތަކުގައި إختلاف ތަކެއްވެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. أبوجعفر الطبري ގެ تفسير ގައި ބުނެވިގެންވެއެވެ. އެއީ رُوم ކަރައިގެ ޒުވާނެކެވެ. އަދި ހަމަ އެފޮތުގައި وَهب بن مُنَبّة ގެ އަރިހުން ރިވާވެގެންވަނީ އެއީ ملائكة ބޭކަލެއްކަމަށެވެ. އަދި زبدة التّفسير ގައިވަނީ އޭނާއަކީ الإسْكَنْدَر بن فيليبوس ކަމަށެވެ. އަދި މިނޫންވެސް ވަރަށްގިނަ ގޮތްގޮތަށް ކިޔާފައިވެއެވެ. ކޮންމެޔަކަސް އެއީ ﷲ އެބޭކަލަކަށް ވަރަށްގިނަ وَسِيْلة ތަކެއް ދެއްވާފައިވާ ބޭކަލެކެވެ. އެ ވަސީލަތްތަކުގެ ބާރުގައި އެކަލޭގެފާނު ވަރަށްގިނަ ކަންތައްތައް ކުރެއްވިކަމުގައި قرآن ގައި މިވަނީ ﷲ އަހުރެމެންނަށް އަންގަވާފައެވެ. އެގޮތަށް އަހުރެމެން إيمان ވާންޖެހޭނެއެވެ. والله أعلم.

  84. 84

    إِنَّا مَكَّنَّا لَهُۥ فِى ٱلْأَرْضِ وَءَاتَيْنَـٰهُ مِن كُلِّ شَىْءٍ سَبَبًا

    ʹInnaa makkannaa lahoo fil ʹarḍi wa-ʹaataynaahu miñ kulli shayʹiñ sababaa.

    (ﷲ وحي ކުރެއްވިއެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ބިމުގައި تَمْكِيْنُ ކޮށް ދެއްވީމެވެ. އެބަހީ: ކަންތައްތައް ކުރެވޭނެގޮތް ހަމަޖައްސައިދެއްވީމެވެ. އަދި ކޮންމެ ކަމެއްގެ علم އާއި އެކަންވެވޭނެމަގު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.

  85. 85

    فَأَتْبَعَ سَبَبًا

    Faʹatbaʻa sababaa.

    - (86) ދެންފަހެ އެކަލޭގެފާނު އެ علم އާއި وسيلة ތަކާއި تبع ވެވަޑައިގެން ދަތުރުފަތުރުކުރައްވާ އިރުއޮއްސޭ ހިސާބަށް ވަޑައިގެންނެވިއެވެ. (އެތަން تفسير ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ އެއީ مغرب ފަރާތުގެ بَرُّ ނިމެންދެން ވަޑައިގެންނެވިކަމަށެވެ. ދެން ކުރިމަތީގައި އޮތީ ކަނޑެވެ. އެއީ مُحِيْطُ الهَادِى އެވެ. ޕެސިފިކް އޯޝަންއެވެ.) އަދި ކަޅުމަށި ފެންގަނޑަކަށް އިރު އޮއްސޭތީ އެކަލޭގެފާނުދެކެވަޑައިގެންނެވިއެވެ. (އެއީ ބަލާބެލުމަށް ފެންނަގޮތްކަމުގައި تفسير علم ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެއެވެ. والله أعلم) އަދި އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. (އެއީ ކާފަރުބަޔަކުކަމުގައިވިއެވެ.) (ﷲ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އެންގެވީމެވެ.) އޭ ذُوْالْقَرْنَيْنِ އެވެ. އެހެންޏާ ކަލޭގެފާނު އެމީހުންނަށް عذاب ދެއްވުމެވެ. (އެބަހީ: އެމީހުން ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށް އަދި ކަލޭގެފާނަށް ކިޔަމަންނުވެއްޖެއްޔާ އެމީހުން މެރުމެވެ.) އެހެންޏާ އެމީހުން ހައްޔަރުކޮށް އެމީހުންނަށް ތެދުމަގުދައްކަވާށެވެ. دعوة ދެއްވާށެވެ!

  86. 86

    حَتَّىٰٓ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِى عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَـٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْنًا

    Ḥattaaa ʹiẓaa balag̣a mag̣ribash shamsi wajadahaa tag̣rubu fee ʻaynin ḥamiʹatiñw wawajada ʻiñdahaa Q̣awmaa. Q̣ulnaa yaa-Ẓal Q̣arnayni ʹimmaaa ʹañ tuʻaẓẓiba wa-ʹimmaaa ʹañ tattakhiẓa feehim ḥusnaa.

    - (86) ދެންފަހެ އެކަލޭގެފާނު އެ علم އާއި وسيلة ތަކާއި تبع ވެވަޑައިގެން ދަތުރުފަތުރުކުރައްވާ އިރުއޮއްސޭ ހިސާބަށް ވަޑައިގެންނެވިއެވެ. (އެތަން تفسير ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ އެއީ مغرب ފަރާތުގެ بَرُّ ނިމެންދެން ވަޑައިގެންނެވިކަމަށެވެ. ދެން ކުރިމަތީގައި އޮތީ ކަނޑެވެ. އެއީ مُحِيْطُ الهَادِى އެވެ. ޕެސިފިކް އޯޝަންއެވެ.) އަދި ކަޅުމަށި ފެންގަނޑަކަށް އިރު އޮއްސޭތީ އެކަލޭގެފާނުދެކެވަޑައިގެންނެވިއެވެ. (އެއީ ބަލާބެލުމަށް ފެންނަގޮތްކަމުގައި تفسير علم ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެއެވެ. والله أعلم) އަދި އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. (އެއީ ކާފަރުބަޔަކުކަމުގައިވިއެވެ.) (ﷲ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އެންގެވީމެވެ.) އޭ ذُوْالْقَرْنَيْنِ އެވެ. އެހެންޏާ ކަލޭގެފާނު އެމީހުންނަށް عذاب ދެއްވުމެވެ. (އެބަހީ: އެމީހުން ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށް އަދި ކަލޭގެފާނަށް ކިޔަމަންނުވެއްޖެއްޔާ އެމީހުން މެރުމެވެ.) އެހެންޏާ އެމީހުން ހައްޔަރުކޮށް އެމީހުންނަށް ތެދުމަގުދައްކަވާށެވެ. دعوة ދެއްވާށެވެ!

  87. 87

    قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُۥ ثُمَّ يُرَدُّ إِلَىٰ رَبِّهِۦ فَيُعَذِّبُهُۥ عَذَابًا نُّكْرًا

    Q̣aala ʹammaa mañ z̤̣alama fasawfa nuʻaẓẓibuhoo s̤umma yuraddu ʹilaa Rabbihee fayuʻaẓẓibuhoo ʻaẓaaban nukraa.

    އެކަލޭގެފާނު ދެންނެވިއެވެ. އަނިޔާވެރިވެއްޖެމީހާ - އެބަހީ: شرْكُ މަތީ ދެމިހުރެއްޖެމީހާ - ދަންނައެވެ. ފަހެ ނިކަންހުރެ އެމީހަކަށް އަހުރެން عذاب ދައްކާހުށީމެވެ. މަރާހުށީމެވެ. ދެން އެމީހަކު އެމީހަކުގެ ربّ ގެ حضرة އަށް ފޮނުވާހުށީމެވެ. ދެން އެކަލާނގެ އެމީހަކަށް ގަދަވެގެންވާ عذاب (قيامة ދުވަހުން) ދެއްވާހުއްޓެވެ.

  88. 88

    وَأَمَّا مَنْ ءَامَنَ وَعَمِلَ صَـٰلِحًا فَلَهُۥ جَزَآءً ٱلْحُسْنَىٰ ۖ وَسَنَقُولُ لَهُۥ مِنْ أَمْرِنَا يُسْرًا

    Wa-ʹammaa man ʹaamana wa-ʻamila ṣaaliḥañ falahoo jazaaaʹanil ḥusnaa, wa-sanaq̣oolu lahoo min ʹamrinaa yusraa.

    އަދި އީމާންވެގެން صالح عمل ކުރިމީހާ ދަންނައެވެ. ފަހެ އެމީހަކަށް ރަނގަޅު جزاء ހުއްޓެވެ. އެއީ ސުވަރުގެއެވެ. އަދި އެމީހަކަށް ފަސޭހަ ލުއިގޮތަކަށް އަހުރެން عمل ކުރާހުށީމެވެ. އެއީ ﷲ އާއި ކުއްތަންވެވޭފަދަ عمل ކުރެވޭނެފަދަގޮތަކަށް މަގުދައްކާ معاملة ކުރާހުށީމެވެ.

  89. 89

    ثُمَّ أَتْبَعَ سَبَبًا

    S̤umma ʹatbaʻa sababaa.

    ދެން އެކަލޭގެފާނު އެކަލޭގެފާނުންގެ މަގާއި تبع ވެވަޑައިގެން (އަލުންވެސް ކުރިޔަށް) ވަޑައިގެންފިއެވެ.

  90. 90

    حَتَّىٰٓ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا

    Ḥattaaa ʹiẓaa balag̣a maṭliʻash shamsi wajadahaa taṭluʻu ʻalaa q̣awmil lam najʻal lahum miñ doonihaa sitraa.

    އެއީ އިރުއަރާތަނާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އެކަލޭގެފާނު ދެކެވަޑައިގެންނެވީ ބަޔަކުމީހުންގެމައްޗަށް އެ އިރުއަރާތީއެވެ. އެމީހުންނާއި އެއިރާއިދެމެދު އެއްވެސް ހުރަހެއް ނިވަލެއް ނުވެއެވެ. (ބުނެވެނީ އެމީހުން އެއުޅޭތަނަކީ އެއްވެސް ފަރުބަދައެއްނެތް އަދި ބިނާއެއް ކުރުމަށް އެކަށީގެންނުވާ ބިމެއްކަމަށެވެ. އިރުއަރާ ހޫނުވީމާ ހަރުހަރުހަދައި އެތަންތަނަށް ވަންނަކަމުގައި ވިއެވެ. ނުވަތަ ފެންފެންގަނޑަށް ގެނބޭކަމުގައިވިއެވެ.)

  91. 91

    كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا

    Kaẓaalika wa-q̣ad ʹaḥaṭnaa bimaa ladayhi khubraa.

    އަދި ހަމަކަށަވަރުން އެރަސްގެފާނުންގެ ކިބައިގައިވާ علم އާއި تجربة ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (زبدة التفسير) ނުވަތަ އިރުއަރާތާނގައިވާ އެންމެހައި ތަކެތި ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އެތާނގައިވާ އެންމެހައި خلق ތަކުންވެސް ތިމަންރަސްކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. = تفسير الطبري =

  92. 92

    ثُمَّ أَتْبَعَ سَبَبًا

    S̤umma ʹatbaʻa sababaa,

    ދެން އަލުންވެސް އެކަލޭގެފާނު އެކަލޭގެފާނުންގެ މަގާއި تبع ވެވަޑައިގެން (ސަބަބުތަކުގައި ހިއްޕަވައިގެން) ވަޑައިގެންނެވިއެވެ.

  93. 93

    حَتَّىٰٓ إِذَا بَلَغَ بَيْنَ ٱلسَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا

    Ḥattaaa ʹiẓaa balag̣a baynas saddayni wajada miñ doonihimaa q̣awmal laa yakaadoona yafq̣ahoona q̣awlaa.

    އެއީ ދެފަރުބަދައިގެ ދެމެދަށް ވަޑައިގެންފުމަށްދާންދެނެވެ. އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. މީހުން ދައްކާވާހަކަ فَهْمُ ކުރުމަށް ވިސްނައިގަތުމަށް އެމީހުން ގާތްވެސް ނުވެއެވެ.

  94. 94

    قَالُوا۟ يَـٰذَا ٱلْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِى ٱلْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰٓ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا

    Q̣aaloo yaa-Ẓal Q̣arnayni ʹinna Yaʹjooja wa-Maʹjooja mufsidoona fil ʹarḍi fahal najʻalu laka kharjan ʻalaaa ʹañ tajʻala baynanaa wa-baynahum saddaa?

    އެމީހުން ދެންނެވިއެވެ. އޭ ذوالْقَرْنَيْنِ އެވެ. ހަމަކަށަވަރުން يَأْجُوْجُ وَمَأْجُوْج ގެ މީހުންނަކީ ބިމުގައި ފަސާދަކުރާ ބައެކެވެ. އެހެންވެ ކަލޭގެފާނު އަހުރެމެންއަތުން ޖިޒީއެއް (ޓެކްހެއް) ނަންގަވާށެވެ. އެއީ އަހުރެމެންނާއި އެބައިމީހުންނާއިދެމެދު ކަލޭގެފާނު ހުރަހެއް ލައިދެއްވުމުގެ މައްޗަށެވެ.

  95. 95

    قَالَ مَا مَكَّنِّى فِيهِ رَبِّى خَيْرٌ فَأَعِينُونِى بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا

    Q̣aala maa- makkannee feehi Rabbee khayruñ faʹaʻeenoonee biq̣uwwatin ʹajʻal baynakum wa-baynahum radmaa:

    އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް އަހުރެންގެ ربّ ދެއްވާފައިވާ ބާރާއި ސާމާނު (ކަލޭމެންގެ ޖިޒީއާއި ޓެކްހަށްވުރެ) މާހެޔޮވެގެންވެއެވެ. ކަލޭމެން ބާރުގެގޮތުން އެބަހީ: މަސައްކަތް ހިންގާނެމީހުންގެގޮތުން އަހުރެންނަށް އެހީވެދޭށެވެ. ބޭނުންވަނީ މަސައްކަތް ހިންގާނެމީހުންނެވެ. އޭރުން ކަލޭމެންނާއި އެމީހުންނާއި ދެމެދު އަހުރެން ހުރަހެއް - (ފާރެއް) ލައިދޭނަމެވެ.

  96. 96

    ءَاتُونِى زُبَرَ ٱلْحَدِيدِ ۖ حَتَّىٰٓ إِذَا سَاوَىٰ بَيْنَ ٱلصَّدَفَيْنِ قَالَ ٱنفُخُوا۟ ۖ حَتَّىٰٓ إِذَا جَعَلَهُۥ نَارًا قَالَ ءَاتُونِىٓ أُفْرِغْ عَلَيْهِ قِطْرًا

    ʹAatoonee zubaral ḥadeed. Ḥattaaa ʹiẓaa saawaa baynaṣ ṣadafayni q̣aalañ fukhoo: ḥattaaa ʹiẓaa jaʻalahoo naarañ q̣aala ʹaatooneee ʹufrig̣ ʻalayhi q̣iṭraa.

    ކަލޭމެން އަހުރެންގެގާތަށް ދަގަނޑު ބުރިބުރި (ދަގަނޑުގެ ބައިވަރުތައް) ގެންނާށެވެ. އެއީ ދެފަރުބަދައިގެ ކޮޅާއި ހަމަވާންދެންނެވެ. (ދެން އެމީހުން އެކަންތައް އެގޮތަށް ކުރީމާ ވިދާޅުވިއެވެ.) ދެން ކަލޭމެން އެތަނަށް އަލިފާންލައި ރޯކޮށް ފުމެހަދާށެވެ. އެއީ އެހުރިހާ ދަގަނޑު އަލިފާނަށްވާންދެންނެވެ. ވިރޭންދެންނެވެ. ދެން ވިރުނީމާ ކަލޭމެން އަހުރެންގެގާތަށް އެތަކެތި ގެންނާށެވެ. އަހުރެން އެތަކެތި އެތަނަށް އޮއްސާހުށީމެވެ. (ދެން އެކަލޭގެފާނު އެމީހުންގެ އެހީއާއިއެކު ވަރުގަދަ ބޮޑުފާރެއް ލެއްވީއެވެ. އެމީހުންވަނީ އެފާރުގެ އަނެއްފަރާތުގައެވެ. والله أعلم)\n• ދަންނައެވެ. މިއާޔަތްތަކުގައި بيان ވެގެންވާ يَأجوج ومأجوج މީހުންގެ ވާހަކައާއި އަދި އެމީހުން އެހެންމީހުންގެތެރެއަށް އަޔަނުދިނުމަށް ذوالقرنين ލެއްވި ބޮޑުފާރުގެ ވާހަކަ تفسير ފޮތްތަކާއި تاريخ ފޮތްތަކުގައި އެކި عبارة ން ބަޔާންވެގެންވެއެވެ. އެއީ ދިގު ރިވާޔަތްތަކެކެވެ. އެވާހަކަތައް އަދި އެހެން فرصة އެއްގައި بيان ކުރެވޭތޯ ބަލާނީއެވެ. ކޮންމެއަކަސް މި يَأجوج ومأجوج މީހުން އަދި قيامة قائم ވުމާއި ގާތުގައި ދުނިޔެއަށް އަންނާނެ ވާހަކައާއި އެއީ عمر ދިގު އަދި މީހުން ގިނަ ބައެއްކަމާއި އެމީހުންނަކީ ގިނަބާވަތުގެ އެއްޗެތި ކައިބޮއިހަދާ ބައެއްކަމާއި މިވާހަކަތައްވެސް އެފޮތްތަކުގައި بيان ވެގެންވެއެވެ. މިއާޔަތްތަކުގައި އެވަނީ އޭގެ إشارة ތަކެކެވެ. والله أعلم.

  97. 97

    فَمَا ٱسْطَـٰعُوٓا۟ أَن يَظْهَرُوهُ وَمَا ٱسْتَطَـٰعُوا۟ لَهُۥ نَقْبًا

    Famas ṭaaʻooo ʹañy yaz̤̣haroohu wa-mas taṭaaʻoo lahoo naq̣baa.

    (ذُوا الْقَرْنَيْنِ އެފާރުލައްވާ ނިންމެވީމާ ދެން يَأجوج ومأجوج ގެ މީހުންނަށް އެއްގޮތަކަށްވެސް މީސްތަކުންގެތެރެއަށް އަންނާކަށް ކުޅަދާނައެއް ނުވިއެވެ. އެވާހަކަ ﷲ تعالى وحي ކުރައްވާފައި މިވަނީއެވެ.) އެމީހުންނަށް އެފާރުގެމައްޗަށް އަރާކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެފާރު ފޫވައްޓައިލާކަށްވެސް ކުޅަދާނަ ނުވިއެވެ.

  98. 98

    قَالَ هَـٰذَا رَحْمَةٌ مِّن رَّبِّى ۖ فَإِذَا جَآءَ وَعْدُ رَبِّى جَعَلَهُۥ دَكَّآءَ ۖ وَكَانَ وَعْدُ رَبِّى حَقًّا

    Q̣aala haaẓaa raḥmatum mir Rabbee: faʹiẓaa jaaaʹa waʻdu Rabbee jaʻalahoo dakkaaaʹ; wa-kaana waʻdu Rabbee ḥaq̣q̣aa.

    (އެރަސްގެފާނު) ވިދާޅުވިއެވެ. މިއީ ތިމަންކަލޭގެފާނުގެ ربّ ގެ رحمة އެކެވެ. ދެންފަހެ އެބައިމީހުން ނުކުތުމަށް ތިމަންކަލޭގެފާނުންގެ ربّ ގެ وعد ފުޅާއި أمر ފުޅުގެ ވަގުތު އައުމުން އެކަލާނގެ އެފާރު ހަލާކުކުރައްވައި ބިމާ ހަމަހަމަކުރައްވާނެތެވެ. އަދި އަހުރެންގެ ربّ ގެ وعد ފުޅު އެއީ حقّ ވެގެންވާ އެއްޗެއްކަމުގައިވިއެވެ. (އެބަހީ: يقين ންވެސް އެކަންވާނެއެވެ. އެމީހުން އެފާރު ހަލާކުކޮށް ނިކުންނާނީ قيامة ވުމާއި ގާތްކޮށެވެ. އެއީ دَجَّالُ ގެފަހުންނެވެ. تفسير ފޮތްތަކުގައި އެވާހަކަ އެގޮތަށްވެއެވެ. والله أعلم)

  99. 99

    ۞ وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِى بَعْضٍ ۖ وَنُفِخَ فِى ٱلصُّورِ فَجَمَعْنَـٰهُمْ جَمْعًا

    Wa-taraknaa baʻḍahum Yawmaʹiẓiñy yamooju fee baʻḍiñw wanufikha fiṣ Ṣoori fajamaʻnaahum jamʻaa.

    އަދި ތިމަންރަސްކަލާނގެ އެދުވަހުން (يَأجوج ومأجوج ގެ މީހުން އެފާރު ފޫވައްޓާލާފައި ނުކުންނަ ދުވަހުން ނުވަތަ / قيامة ދުވަހުން) އެއްބަޔަކު އަނެއްބަޔަކާ މައްސުނިވެ އެކުވާގޮތަށް އެމީހުން ދޫކޮށްލާހުށީމެވެ. ޖިންނީންނާއި އިންސާނުންވެސް އެކުވެ އެއްތަނެއްގައިވާނެއެވެ. އަދި (قيامة ދުވަހުން) ތާޅަފިލި ފުންމަވާލެވިއްޖެއްޔާ ދެން ތިމަންރަސްކަލާނގެ އެ އެންމެންއެކީ އެކައްޗަކަށް ޖަމާކުރައްވާހުށީމެވެ.

  100. 100

    وَعَرَضْنَا جَهَنَّمَ يَوْمَئِذٍ لِّلْكَـٰفِرِينَ عَرْضًا

    Wa-ʻaraḍnaa Jahannama Yawmaʹiẓil lilkaafireena ʻarḍaa,―

    އަދި އެ قيامة ދުވަހުން ކާފަރުންނަށްޓަކައި ތިމަންރަސްކަލާނގެ ނަރަކަ ހުށަހަޅުއްވާހުށީމެވެ. ހާމަކުރައްވާ ފާޅުކުރައްވާހުށީމެވެ.

  101. 101

    ٱلَّذِينَ كَانَتْ أَعْيُنُهُمْ فِى غِطَآءٍ عَن ذِكْرِى وَكَانُوا۟ لَا يَسْتَطِيعُونَ سَمْعًا

    ʹAllaẓeena kaanat ʹaʻyunuhum fee g̣iṭaaaʹin ʻañ ẓikree wakaanoo laa- yastaṭeeʻoona samʻaa.

    އެމީހުންނަކީ އެމީހުންގެ (ހިތުގެ) ލޯތައް ތިމަންރަސްކަލާނގެއަށް ذِكْرُ ކުރުމާއި حقّ ބަސް قبول ކުރުމުން މުޅިން ނިވައިވެ އަނދިރިވެގެންވާ މީހުންނެވެ. އަދި އެއްވެސް حقّ ބަހެއް އަދި دليل އެހުމަށް ކުޅަދާނަވެގެންނުވާ ބަޔަކުކަމުގައި އެމީހުންވިއެވެ.

  102. 102

    أَفَحَسِبَ ٱلَّذِينَ كَفَرُوٓا۟ أَن يَتَّخِذُوا۟ عِبَادِى مِن دُونِىٓ أَوْلِيَآءَ ۚ إِنَّآ أَعْتَدْنَا جَهَنَّمَ لِلْكَـٰفِرِينَ نُزُلًا

    ʹAfaḥasibal laẓeena kafarooo ʹañy yattakhiẓoo ʻibaadee miñ dooneee ʹawliyaaaʹ? ʹInnaaa ʹaʻtadnaa Jahannama lil-kaafireena nuzulaa.

    އަދި ތިމަންރަސްކަލާނގެ صالح އަޅުން (ملائكة ބޭކަލުންނާ عيسى عليه السّلام ފަދަ صالح އަޅުން) ތިމަންރަސްކަލާނގެ ފިޔަވައި އެމީހުންގެ وَلِيُّ ންކަމުގައި ހިފައި إختيار ކުރުމަށް ކާފަރުންގެ މީހުން ހީކުރަނީހެއްޔެވެ؟ (އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެބޭކަލުންނަކީ އެކާފަރުންގެ عداوة ތެރިންނެވެ.) އަދި ކާފަރުވީ މީސްތަކުން قيامة ދުވަހުން ފައިބައިތިބޭ މެހްމާންޚާނާއެއްކަމުގައި ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރީމެވެ.

  103. 103

    قُلْ هَلْ نُنَبِّئُكُم بِٱلْأَخْسَرِينَ أَعْمَـٰلًا

    Q̣ul hal nunabbiʹukum̃ bilʹakhsareena ʹaʻmaalaa?

    (އޭ رسول ﷲ އެވެ.) عمل ގައި އެންމެ ގެއްލުންބޮޑުވެގެންވާ ބައެއްގެ خبر ކަލޭމެންނަށް ތިމަންކަލޭގެފާނު ދެއްވަންތޯއެވެ؟ މިހެން ވިދާޅުވާށެވެ.

  104. 104

    ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا

    ʹAllaẓeena ḍalla saʻyuhum fil ḥayaatid dunyaa wa-hum yaḥsaboona ʹannahm yuḥsinoona ṣunʻaa?

    އެމީހުންނަކީ ދުނިޔޭގެ حياة ގައި އެއްވެސް ތެދުމަގެއްނެތި މަގުފުރެދުމުގައި عمل ކުރި މީހުންނެވެ. އަދި އެމީހުން ހީކުރަނީ ހަމަކަށަވަރުން އެމީހުން އެކުރަނީ ހަމަ ހެޔޮކަންތައްކަމަށެވެ.

  105. 105

    أُو۟لَـٰٓئِكَ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ وَلِقَآئِهِۦ فَحَبِطَتْ أَعْمَـٰلُهُمْ فَلَا نُقِيمُ لَهُمْ يَوْمَ ٱلْقِيَـٰمَةِ وَزْنًا

    ʹUlaaaʹikal laẓeena kafaroo biʹAayaati Rabbihim wa-Liq̣aaaʹihee faḥabiṭat ʹaʻmaaluhum falaa nuq̣eemu lahum Yawmal Q̣iyaamati waznaa.

    އެމީހުންނަކީ އެމީހުންގެ ربّ ގެ އާޔަތްތަކަށާއި އަދި އެކަލާނގެއާއި ބައްދަލުވާނޭކަމާމެދު އެބަހީ: آخرة ދުވަސް އަންނާނެކަމާމެދު ކާފަރުވެގެންވާ މީހުންނެވެ. ދެންފަހެ އެމީހުން ކުރި އެންމެހައި ހެޔޮ عمل باطل ވެގެންވެއެވެ. އަދި قيامة ދުވަހުން އެމީހުންގެ ހެޔޮ عمل ގެ އެއްވެސް ثواب އެއް ތިމަންރަސްކަލާނގެ ބަރުނުކުރައްވާހުށީމެވެ.

  106. 106

    ذَٰلِكَ جَزَآؤُهُمْ جَهَنَّمُ بِمَا كَفَرُوا۟ وَٱتَّخَذُوٓا۟ ءَايَـٰتِى وَرُسُلِى هُزُوًا

    Ẓaalika jazaaaʹuhum Jahannamu bimaa kafaroo wattakhaẓooo ʹAayaatee wa-Rusulee huzuwaa.

    އެމީހުން އެގޮތަށް ކަންތައްކުރުމުން އެމީހުންގެ جزاء އަކީ ނަރަކައެވެ. އެއީ އެމީހުން ކާފަރުވުމުގެ ސަބަބުންނެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި ތިމަންރަސްކަލާނގެ رسول ން އެއީ މަލާމާތްކުރެވޭ ފުރައްސާރަކުރެވޭ އެއްޗަކަށް އެމީހުން ހަދައިލުމުގެ ސަބަބުންނެވެ.

  107. 107

    إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَانَتْ لَهُمْ جَنَّـٰتُ ٱلْفِرْدَوْسِ نُزُلًا

    ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati kaanat lahum Jannaatul Firdawsi nuzulaa,

    ހަމަކަށަވަރުން إيمان ވެގެން صالح عمل ކުރިމީހުން (ދަންނައެވެ.) އެމީހުން قيامة ދުވަހުން ފައިބައިތިބޭ މެހްމާން ޚާނާއަކީ (ގެސްޓް ހައުސް އަކީ) فردوس އެވެކިއުނު ސުވަރުގެކަމުގައިވިއެވެ. (فردوس ގެ މާނައަކީ ބަހުގެ މާނައަށް ބަލާއިރު ގަސްތަކުގެ ގޮފިތައް ގައިގޯޅިވެގެންވާ ގަސްތަކެވެ. މައިގަނޑު އެއްޗަކަށް ހުންނާނީ މޭބިސްކަދުރެވެ. އެއީ رُومى ބަހުން ބަގީޗާއެވެ. زيدة التفسير = فردوس އެއީ ސުވަރުގޭގެ ދަރަޖަތަކުން އެންމެ މަތީ ދަރަޖައެވެ. އެއީ ސުވަރުގޭގެ މެދުގައިވާތަނެކެވެ. رحمن ވަންތަ ﷲ ގެ عرش ފުޅުވަނީ އެދިމާ މަތީގައެވެ. ސުވަރުގޭގެ އާރުތައް ފެށިގެން އަންނަނީ އެތަނުންނެވެ. = طبري = )

  108. 108

    خَـٰلِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا

    Khaalideena feehaa laa- yabg̣oona ʻanhaa ḥiwalaa.

    ދެންފަހެ މިސުވަރުގޭގައިވާމީހުން އެތާ ދެމިތިބޭހުއްޓެވެ. އެމީހުން އެތަނުން އެހެންތާކަށް ދާކަށް ނޭދޭނެއެވެ.

  109. 109

    قُل لَّوْ كَانَ ٱلْبَحْرُ مِدَادًا لِّكَلِمَـٰتِ رَبِّى لَنَفِدَ ٱلْبَحْرُ قَبْلَ أَن تَنفَدَ كَلِمَـٰتُ رَبِّى وَلَوْ جِئْنَا بِمِثْلِهِۦ مَدَدًا

    Q̣ul law kaanal baḥru midaadal li-Kalimaati Rabbee lanafidal baḥru q̣abla ʹañ tañfada Kalimaatu Rabbee wa-law jiʹnaa bimis̤lihee madadaa.

    (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ ربّ ގެ كلمة ފުޅުތައް ލިއުމަށް ދެއްޔެއްކަމުގައި ކަނޑުވެފައި އަދި އެކަނޑުހާދެލި އަދި އިތުރަށް ގެނަޔަސް އަހުރެންގެ ربّ ގެ كلمة ފުޅުތައްލިޔެ ހުސްވުމުގެކުރިން އެކަނޑުތަކާއި ދެލިހުސްވާނެކަން ކަށަވަރެވެ. (كلمة ފުޅު އެހާގިނަވާނެއެވެ.)

  110. 110

    قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَـٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا

    Q̣ul ʹinnamaaa ʹana basharum mis̤lukum yooḥaaa ʹilayya ʹannamaaa ʹIlaahukum ʹIlaahuñw Waaḥid: famañ kaana yarjoo Liq̣aaaʹa Rabbihee falyaʻmal ʻamalañ ṣaalihañw walaa yushrik biʻibaadati Rabbiheee ʹaḥadaa.

    ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުވާކަން ކަށަވަރީ ހަމަ ކަލޭމެންކަހަލަ آدم ގެދަރިއަކުކަމުގައެވެ. (އެކަމަކު) ތިމަންކަލޭގެފާނަށް وحي އިއްވެވެއެވެ. (އެ وحي ގައިވެއެވެ.) ހަމަކަށަވަރުން ކަލޭމެންގެ إله ވާކަން ކަށަވަރީ އެންމެ إله އަކުކަމުގައެވެ. ފަހެ އެމީހަކު އެމީހަކުގެ ربّ އާއި ބައްދަލުވުމަށް އެދޭމީހާ ނުވަތަ އެކަމަށް ބިރުވެތިވާމީހާ ފަހެ އެމީހާ صالح عمل ކުރާހުށިކަމެވެ. އަދި އޭނާ އޭނާގެ ربّ ގެ އަޅުކަމުގައި އެބަހީ: އޭނާގެ ربّ އަށްކުރާ އަޅުކަމުގައި ހަމައެކަކުވެސް، އެކައްޗެއްވެސް ބައިވެރިނުކުރާށެވެ. އެކަލާނގެއަށް شريك ނުކުރާށެވެ! • ދަންނައެވެ. صالح عمل އަކީ: އެ عمل އެއްގައި ތިން شرط އެއް ފުރިހަމަވެގެންވާ عمل އެވެ. އެއީ (1) ﷲ އަށް إخلاص ތެރިކަމާއިއެކު އެއްވެސް شِرْك އެއް ބައިވެރިވެގެންނުވާ عمل އަކަށްވުން. (2) رسول ﷲ ﷺ ގެ سنّة ގައިވާގޮތަށް އުނިއިތުރު ނުކޮށް އެ عمل އެއް އޮތުން. (3) އެ عمل އަކީ مسلم އަކުކުރި عمل އަކަށްވުން މިއެވެ. މިތިން شرط ންކުރެ شرط އެއް އުނިވެއްޖެނަމަ އެ عمل އަކީ صالح عمل އެއްނޫނެވެ.