-
1
ٱلْحَمْدُ لِلَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَلَهُ ٱلْحَمْدُ فِى ٱلْـَٔاخِرَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ
ʹAl-Ḥamdu lillaahil laẓee lahoo maa- fis samaawaati wa-maa fil ʹarḍi wa-lahul Ḥamdu fil ʹAakhirah: wa-Huwal Ḥakeemul Khabeer.
އެންމެހައި حَمْد އާއި تَعْرِيف އާއި ثَنَاء އެއް حَقّ ވެގެންވަނީ ހަމަ ﷲއަށެވެ. އެކަލާނގެއީ އުޑުތަކުގައްޔާއި އަދި ބިމުގައިވާހާ ތަކެތި އެކަލާނގެއަށް مِلْكވެ خَاصّ ވެގެންވާ ކަލާނގެއެވެ. އަދި آخِرَة ގައިވެސް حَمْدُ އާއި ثَنَاء ހުރީ ހަމައެކަލާނގެއަށެވެ. އަދި އެކަލާނގެއީ ދެދުނިޔޭގެ ކަންތައްތަށް ފުރިހަމަކުރެއްވީ حِكْمَة ވަންތަ އަދި އަޅުތަކުންގެ އެންމެހައި ކަންތައްތަށް ދެނެވޮޑިގެންވާ ޚަބަރުތަކުގެވެރި ކަލާނގެއެވެ.
-
2
يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۚ وَهُوَ ٱلرَّحِيمُ ٱلْغَفُورُ
Yaʻlamu maa- yaliju fil ʹarḍi wa-maa yakhruju minhaa wa-maa yañzilu minas samaaaʹi wa-maa yaʻruju feeha: wa-Huwar Raḥeemul G̣afoor.
ބިމަށްވަދެގެންދާ އެންމެހައި ތަކެއްޗާއި އަދި އެތަނުން ނުކުންނަ އެންމެހައި ތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. (ބިމަށްވަންނަ ތަކެއްޗަކީ ވާރޭގެފެންތިކިތަކާއި خَزَانَة ތަކާއި މަރުވެގެން ވަޅުލެވޭ އެންމެހައި مَيِّتންނާއި ދެންވެސް އެންމެހައި ތަކެއްޗެވެ. އަދި އެތަނުން ނުކުންނަ ތަކެއްޗަކީ ގަސްގަހާގެއްސާއި ދަނޑުގޮވާމުގެ އޮށްޓަރުތަކާއި حَيَوَان އާއި ދެންވެސް އެންމެހައި ތަކެއްޗެވެ.) އަދި އުޑުންބާވައިލައްވާ ތަކެއްޗާއި އަދި އުޑަށް އަރައިގެންދާ އެންމެހައި ތަކެތިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (އުޑުން ފައިބާތަކެއްޗަކީ ވާރޭފެނާއި ގަޑުފެނާއި ބަރަކާތްތަކާއި عَذَاب އާއި ހޮނުގުގުރިއާއި مَلائِكَة ބޭކަލުންނާއި ދެންވެސް ބައެއްތަކެއްޗެވެ. އަދި އުޑަށްއަރައިގެންދާ ތަކެއްޗަކީ مَلائِكَة ބޭކަލުންނާއި އަޅުތަކުންގެ عَمَل ތަކާއި ދެންވެސް ބައެއްތަކެއްޗެވެ....) އަދި އެކަލާނގެއީ އަޅުތަކުންނަށް رَحْمَة ލެއްވުން ބޮޑުވެގެންވާ އަދިގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.
-
3
وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ ۖ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَـٰلِمِ ٱلْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَـٰبٍ مُّبِينٍ
Wa-q̣aalal laẓeena kafaroo laa- taʹteenas Saaʻah: q̣ul balaa wa-Rabbee lataʹtiyannakum ʻAalimil g̣ayb. Laa- yaʻzubu ʻanhu mis̤q̣aalu ẓarratiñ fis samaawaati wa-laa fil ʹarḍi wa-laaa ʹaṣg̣aru miñ ẓaalika wa-laaa ʹakbaru ʹillaa fee kitaabim mubeen:
އަދި ކާފަރުވީ މީސްތަކުންބުނެވެ. އަހުރެމެންނަކަށް قِيَامَة އެއްނާންނާނެއެވެ. ދެވަނަފަހަރަށް އަހުރެމެން ދެންނުދިރޭނެއެވެ. އޭ رَسُولُ الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެއްގޮތަކަށްވެސް އެހެނެއްނުވާނެއެވެ. ތިމަންކަލޭގެފާނުންގެ رَبّ ގަންދީ ވިދާޅުވަމެވެ. ހަމަކަށަވަރުން ކަލޭމެންނަށް قِيَامَة ވާނެއެވެ. މަރުވުމަށްފަހު ދެވަނަ ފަހަރަށް ދިރިގެން عَمَل ތަކަށްޖަޒާ ދެއްވޭނެއެވެ. އަދި އެކަލާނގެއީ އެންމެހައި غَيْبُ ވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (ކަލޭމެންގެ عَمَل ތަކުގެ ތެރެއިން) އެންމެ އެއްޗެއްވެސް އެކަލާނގެއަށް ނިވައިވެ ވަންހަނާވެގެން ނުވެއެވެ. އުޑުތަކާއި ބިމުގައި އެކަލާނގެއަށް ވަންހަނާވެގެންވާ مِثْقَال އެއްގެ ވަރުވެސް ޒައްރެއްގެ ބޮޑުމިނުގެ އެއްޗެއްވެސް އަދިއެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް ނުވެއެވެ. އެ ކޮންމެ އެއްޗެއް بَيَان ވެގެންވާ ފޮތެއްގައި ލިޔެވި ފައިލްކުރެވިގެން މެނުވީނުވެއެވެ. އެއީ لَوحُ المَحْفُوظُ އެވެ.
-
4
لِّيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۚ أُو۟لَـٰٓئِكَ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ
Liyajziyal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaat: ʹulaaaʹika lahum Mag̣firatuñw Wa-Rizq̣uñ kareem.
އެކަންތައްތައް އެގޮތަށް ލައްވާފައިވަނީ އީމާންވެގެން صَالِحْ عَمَل ކުރި މީހުންނަށް ހެޔޮ جَزَاء ދެއްވުމަށެވެ. އެމީހުންނަށްހުރީ ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުގެވެ. ސުވަރުގެއާއި އެތާގެ نِعْمَة ތަކެވެ
-
5
وَٱلَّذِينَ سَعَوْ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ
Wallaẓeena saʻaw feee ʹAayaatinaa muʻaajizeena ʹulaaaʹika lahum ʻaẓaabum mir rijzin ʹaleem.
އަދި ތިމަންރަސްކަލާނގެ رَسُولٌ ނަށް ބާވައިލެއްވި އާޔަތްތައް بَاطِل ކުރުމަށް މަސައްކަތްކުރާ މީހުންނަށް ހުރީ ވޭންދެނިވި އެންމެނުބައި ގަދަ عَذَاب ގެ عَذَابއެވެ
-
6
وَيَرَى ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ
Wa-yaral laẓeena ʹootul ʻilmal laẓeee ʹuñzila ʹilayka mir Rabbika huwal Ḥaq̣q̣a wa-yahdeee ʹilaa Ṣiraaṭil ʻAzeezil Ḥameed.
އޭ رَسُولُ الله އެވެ. ކަލޭގެފާނުންގެ رَبّ ގެ حَضْرَة ން ކަލޭގެފާނަށް މިބާވައިލައްވާ ތަކެއްޗަކީ އެއީ ހަމަސީދާ حَقُّ ކަން عِلْمَ ގެ أَهْلُ ވެރިންނަށް ރަނގަޅަށް އެނގޭނެއެވެ. އަދި އެއިން ތެދުމަގުދައްކަނީ عِزَّة ވަންތަ އަދި حَمْدُ ލިބިވޮޑިގެންވާ ކަލާނގެމަގަށްކަންވެސް އެމީހުންނަށް ރަނގަޅަށް އެނގޭނެއެވެ.
-
7
وَقَالَ ٱلَّذِينَ كَفَرُوا۟ هَلْ نَدُلُّكُمْ عَلَىٰ رَجُلٍ يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِى خَلْقٍ جَدِيدٍ
Wa-q̣aalal lazeena kafaroo hal nadullukum ʻalaa rajuliñy yunabbiʹukum ʹiẓaa muzziq̣tum kulla mumazzaq̣in ʹinnakum lafee khalq̣iñ jadeed?
އަދި ކާފަރުންގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކަށް (رَسُولُ އަށް މަލާމާތްކުރުމުގެގޮތުން) ބުނެއެވެ. ކަލޭމެން މަރުވެގެން ވަޅުލައި ކަލޭމެންގެ މަސްތަކާއި ކަށިތައް ކުދިކުދިވެ އެކަށް ހަލާކެވެދިއުމަށްފަހުވެސް ކަލޭމެން އަލުން ދިރިގެން مَحْشَرُ ފޮނުވޭނެކަމަށް ބުނާމީހަކު ކަލޭމެނަށް ދައްކަން ހެއްޔެވެ؟ (އެއީ مُحَمَّدُ ގެފާނެވެ.)
-
8
أَفْتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةٌۢ ۗ بَلِ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ فِى ٱلْعَذَابِ وَٱلضَّلَـٰلِ ٱلْبَعِيدِ
ʹAftaraa ʻalal laahi kaẓiban ʹam̃ bihee jinnah? Balil laẓeena laa- yuʹminoona bil-ʹAakhirati filʻAẓaabi waḍ Ḍalaalil baʻeed.
އޭނާ ފަހެ ﷲ އަށް ބޮޑުދޮގެއް ހަދަނީ ހެއްޔެވެ؟ ނުވަތަ އޭނާގެ ކިބައިގާ ޖިންނި ބަލިކަމެއް މޮޔަކަމެއްވަނީ ބާވައެވެ؟ މިއީ އެކާފަރުންގެބަހެވެ. އޭގެޖަވާބުގައި ﷲ އެއަންގަވަނީ އެހެންނަކުންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ إِيمَان ނުވާ މީސްތަކުން آخِرَة ދުވަހުން ވާނީ ގަދަ عَذَاب ގައެވެ. އަދި މިހާރު އެމީހުން އެވަނީ ވަރަށް ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
-
9
أَفَلَمْ يَرَوْا۟ إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ إِن نَّشَأْ نَخْسِفْ بِهِمُ ٱلْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًا مِّنَ ٱلسَّمَآءِ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّكُلِّ عَبْدٍ مُّنِيبٍ
ʹAfalam yaraw ʹilaa maa- bayna ʹaydeehim wa-maa khalfahum minas samaaaʹi wal-ʹarḍ? ʹIn nashaʹ nakhsif bihimul ʹarḍa ʹaw nusq̣iṭ ʻalayhim kisafam minas samaaaʹ. ʹInna fee ẓaalika laʹAayatal likulli ʻabdim muneeb.
އެމީހުން ފަހެ އެމީހުންގެ ކުރިމަތީގައިވާ އުޑަށްނުބަލަނީ ބާވައެވެ. އަދި އެމީހުންގެ ފަހަތުގައިވާ ބިމަށްނުބަލަނީ ބާވައެވެ. (މިއިން ކޮންމެ އެއްޗަކީވެސް ބޮޑެތި عَجَائِب އެވެ. އެފަދަބޮޑެތި އެއްޗެހި ހެއްދެވި ފަރާތަކަށް މީސްތަކުން މަރުވުމައްފަހު مَحْشَرُ އަށް ފޮނުވުން ދަތިނުވާނެކަން ކޮންމެ ސަލާމަތް ބުއްދިއަކަށް އެގެންވާނެއެވެ.) ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ އެމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފީހެވެ. ނުވަތަ އެމީހުންގެ މައްޗަށް އުޑުން އެތިގަޑުތަކެއް ވަރައިލައިފީހެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި އެބަހީއުޑުތަކާއި ބިންހެއްދެވުމުގައި اއަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދަގަޑު މަޑުކޮށްދެއްވީމެވެ. (ދަގަޑުގައި އެކަލޭގެފާނުންގެފާނުން އަތްޕުޅުލެއްވީމާ އުއްގަޑެއްފަދައިން ނުވަތަ މޮޑެފައިވާ ފުއްގަޑެއްފަދައިން ދަގަޑު މަޑުވާކަމުގައިވެއެވެ.) އެކަމުގައިވެސް ﷲގެ حَضرَة އަށް تَوبَة ވެ رُجُوع ވާއަޅަކަށް عِبرَة ން ފުރިގެންވާ دَلِيل އާއި ހެކިވެއެވެ.
-
10
۞ وَلَقَدْ ءَاتَيْنَا دَاوُۥدَ مِنَّا فَضْلًا ۖ يَـٰجِبَالُ أَوِّبِى مَعَهُۥ وَٱلطَّيْرَ ۖ وَأَلَنَّا لَهُ ٱلْحَدِيدَ
Wa-laq̣ad ʹaataynaa Daawooda minnaa Faḍlaa: yaa-Jibaalu ʹawwibee maʻahoo waṭṭayr! Wa-ʹalannaa lahul ḥadeed:―
އަދިހަމަކަށަވަރުން دَاوُودُ عَلَيهِ السَّلاَم އަށް ތިމަންރަސްކަލާނގެ حَضرَة ން فَضْل ވަންތަކަން ދެއްވީމެވެ. (އެއީ نَبِي ކަމާއި زَبُور އެވެ. އަދިވެސް އެތައް نِعمَة އެކެވެ. އަދިއެކަލޭގެފާނާއި އެކު تَسبِيح ކިއުމަށް ފަރުބަދަތަކަށްވެސް ތިމަންރަސްކަލާނގެ އެންގެވީމެވެ. ފަހެ އެކަލޭގެފާނުންގެ ފަހަތުން ފަރުބަދަ ތައްވެސް تَسبِيح ކިއައެވެ. އަދި ދޫނިސޫފާސޫފިވެސް އެކަލޭގެފާނަށް ކިޔަމަންތެރި ކުރެއްވީމެވެ. އަދި އެސޮރުމެންވެސް އެކަލޭގެފާނާއިއެކު تَسبِيح ކިއުމަށް އެންގެވީމެވެ.) [އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު މަޑުކޮއްދެއްވީމެވެ.]
-
11
أَنِ ٱعْمَلْ سَـٰبِغَـٰتٍ وَقَدِّرْ فِى ٱلسَّرْدِ ۖ وَٱعْمَلُوا۟ صَـٰلِحًا ۖ إِنِّى بِمَا تَعْمَلُونَ بَصِيرٌ
ʹAniʻ mal saabig̣aatiñw waq̣addir fis sardi waʻmaloo ṣaaliḥaa; ʹinnee bimaa taʻmaloona Baṣeer.
އަދި (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) ކަލޭގެފާނު سَابِغَات ހައްދަވާށެވެ! އަދި އެވިއުމުގައި ބަދަހިކޮށް ހިމުންކޮށް ރަނގަޅަށް ހައްދަވާށެވެ! އަދި صَالِح عَمَل ކުރައްވާށެވެ! ހަމަކަށަވަރުން ކަލޭމެންކުރާ އެންމެހައި ކަންތައްތަކަށް ތިމަންރަސްކަލާނގެ ބައްލަވައިވޮޑިގެންވަމެވެ. سَابِغَة އަކީ މުޅިހަށިގަޑު ނިވައިވާގޮތަށް ހަދާފައިވާ ހަނގުރާމައިގެދަގަނޑު ލިބާހެކެވެ.
-
12
وَلِسُلَيْمَـٰنَ ٱلرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ ۖ وَأَسَلْنَا لَهُۥ عَيْنَ ٱلْقِطْرِ ۖ وَمِنَ ٱلْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِۦ ۖ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ ٱلسَّعِيرِ
Wa-li-Sulaymaanar reeḥa g̣uduwwuhaa shahruñw warawaaḥuhaa shahr. Wa-ʹasalnaa lahoo ʻaynal q̣iṭr; wa-minal jinni mañy yaʻmalu bayna yadayhi biʹiẓni Rabbih. Wa-mañy yazig̣ minhum ʻan ʹamrinaa nuẓiq̣hu min ʻAẓaabis saʻeer.
އަދިسُلَيْمَان عَلَيهِ السَّلاَم އަށް ތިމަންރަސްކަލާނގެ ވައިކިޔަމަންކޮށްދެއްވީމެވެ. ހެދުނު އެވައި سُلَيْمَان عَلَيهِ السَّلاَم އާއި ގެން ދަތުރުކޮށްފައި މެންދުރުވާއިރަށް އެއްމަސްދުވަހުގެ ރާސްތާއަށްދެއެވެ. އަދި ހަވީރުކޮޅުވެސް އެއްމަސްދުވަހުގެ ރާސްތާއަށް ދަތުރުކުރެއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ލޮއިގެ عَينُ (އާރު) ދިޔައިކޮއްދެއްވާ ހިންގައިދެއްވީމެވެ. އަދި އެކަލޭގެފާނުންގެ رَبّ ގެ إِذنَ ފުޅަށް އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި މަސައްކަތްކުރާނެ جِنّ ވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ކިޔަމަން ކޮށްދެއްވީމެވެ. އަދި އޭގެތެރެއިން އެއްވެސްއެއްޗެއް ތިމަންރަސްކަލާނގެ أَمرُ ފުޅާއި خِلاَف ވެ ނުކިޔަމަންތެރި ވެއްޖެއްޔާއި އަލިފާނުގެ عَذَاب ގެ ރަހަދައްކާހުށީމެވެ. ދަންނައެވެ! الحَسَنُ البَصَرِي އަށް حَوَالَه ދެއްވައި ابن كَثِير އެކަލޭގެފާނުންގެ تَفسِير ގައިލިއުއްވާފައިވެއެވެ. سُلَيْمَان عَلَيهِ السَّلاَم ދަތުރުފުޅު ކުރައްވަނީ ދޫލަކޮޅެއްގައެވެ. އެ ދޫލަކޮޅު އުފުލައިގެން ދަނީވައެވެ. دِمِشقُ ން ފުރުއްވައިގެން اصطَخر ކިޔާރަށަކަށް މެންދުރު ފަރިއްކޮޅަށް ފައިބާވަޑައިގަންނަވައެވެ. ދެންމެންދުރު އެތަނުން ފުރުއްވައިގެން ރޭގަނޑު އަވަހާރަފުޅުލައްޕަވަން كَابُل އަށް ވަޑައިގަންނަވައެވެ. މި دِمِشقُ އާއި اصطَخر އާއި ދެމެދު ހުންނަނީ ބާރަށް ދަތުރުކުރާމީހަކަށް އެއްމަސްދުވަހުގެ ރާސްތާއެވެ. އަދި اصطَخر އާއި كَابُل އާއި ދެމެދުވެސް ބާރަށްދަތުރުކުރާމީހަކަށް އެއްމަސްދުވަހުގެ ރާސްތާއެވެ. وَالله أَعْلَم. = تَفسِير ابن كَثِير = އަދިމިނޫން ގޮތްތަށްވެސް އެކަލޭގެފާނުންގެ ދަތުރުފުޅުގެ ވާހަކަވެއެވެ.
-
13
يَعْمَلُونَ لَهُۥ مَا يَشَآءُ مِن مَّحَـٰرِيبَ وَتَمَـٰثِيلَ وَجِفَانٍ كَٱلْجَوَابِ وَقُدُورٍ رَّاسِيَـٰتٍ ۚ ٱعْمَلُوٓا۟ ءَالَ دَاوُۥدَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ
Yaʻmaloona lahoo maa- yashaaaʹu mim maḥaareeba wa-tamaas̤eela wa-jifaaniñ kaljawaabi wa-q̣udoorir raasiyaat. ʹIʻmalooo ʹAala Daawooda shukraa! Wa-q̣aleelum min ʻibaadiyash shakoor!
އެސޮރުމެން އެބަހީ އެ جِنِّ ންގެ މީހުން سُلَيْمَان عَلَيهِ السَّلاَم އަށްޓަކައި އެކަލޭގެފާނު ވިދާޅުވިއެއްޗެއް އެކަލޭގެފާނު އެދިވަޑައިގެންނެވި ގޮތަކަށް ހައްދަވައިދެއްވައެވެ. އެސޮރުމެންހެދި ތަކެތީގެތެރޭގައި مِحرَاب ތަކާއި تِمثَال ތަކާއި އެތައްބަޔަކަށް އެއްފަހަރާކެވޭފަދަ ބޮޑެތި ތަށިވެއެވެ. އެތަކެތި ބޮޑެތި حَوض ފަދައެވެ. އަދި އުދުންމައްޗަށް އުދާފައިހުންނައިރު ވަޔާވެސް ހެލިނުލާފަދަ ސާބިތުކަމާއެކުހުންނަ ބޮޑެތި ތެލިވެސްވެއެވެ. (އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) އޭ دَاوُودُ ގެ آلٌ ންނޭވެ. ތިޔަބޭކަލުން ން صَالِح عَمَل ކުރައްވާށެވެ. އަދި ﷲ އަށް شُكُرُ ކުރާށެވެ. އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ތިމަންރަސްކަލާނގެއަށް شُكُرُ ކުރަނީ މަދުބައެކެވެ.\nދަންނައެވެ. مِحرَاب އަކީ: ރީތިބިނާތަކެވެ. އަދި އުސްގަނޑުވަރުތަކެވެ. އަދި ބުނެވެއެވެ. މިއާޔަތުގައި مِحرَاب ގެ މުރާދަކީ މިސްކިތެވެ. وَالله أَعْلَم.\nتِمثَال އަކީ ދިރޭއެއްޗެތީގެ صُورَة ގައި جِسمُ ހުންނަގޮތަށް ލޮއިން ނުވަތަ ބިއްލޫރިން ނުވަތަ މަރުމަރުހިލައިން ނުވަތަ އެނޫންވެސް އެއްޗަކުން ހަދާފައިވާ صُورَة އެވެ. އެ صُورَة ތައް އޭރުހަދާފައިހުރި ކަމަށްވަނީ نَبِي ބޭކަލުންގެ ސޫރައިގައްޔާއި مَلائِكَة ންގެ ސޫރަތަކާއި عَالِم ންނާއި صَالِحٌ ންގެ ސޫރައިގައެވެ. އަދި ބުނެވެނީ سُلَيْمَان عَلَيهِ السَّلاَم ގެ شَرِيعَة ގައި صُورَة ހުއްދަވެފައި مُحَمَّد ﷺ ގެ شَرِيعَة ގައި އެކަން މަނާވެގެންވާކަމުގައެވެ. وَالله أَعْلَم.
-
14
فَلَمَّا قَضَيْنَا عَلَيْهِ ٱلْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِۦٓ إِلَّا دَآبَّةُ ٱلْأَرْضِ تَأْكُلُ مِنسَأَتَهُۥ ۖ فَلَمَّا خَرَّ تَبَيَّنَتِ ٱلْجِنُّ أَن لَّوْ كَانُوا۟ يَعْلَمُونَ ٱلْغَيْبَ مَا لَبِثُوا۟ فِى ٱلْعَذَابِ ٱلْمُهِينِ
Falammaa q̣aḍaynaa ʻalayhil mawta maa- dallahum ʻalaa mawtiheee ʹillaa daaabbatul ʹarḍi taʹkulu miñsaʹatah: falammaa kharra tabayyanatil Jinnu ʹal law kaanoo yaʻlamoonal g̣ayba maa- labis̤oo fil ʻaẓaabil muheen.
ދެންފަހެ سُلَيْمَان عَلَيهِ السَّلاَم ގެ މައްޗަށް ތިމަންރަސްކަލާނގެ އަވަހާރަވުން ނިޔާކުރެއްވުމުން އެކަލޭގެފާނު އަވަހާރަވެގެން އަސާކޮޅު ބިންމަތީ ވިއްދައިގެން ގޮނޑިކޮޅުގައި އިންނެވިގޮތަށް އިންނެވީއެވެ. ކުރިފުޅުމަތީގައި ޖިންނީންތައް މަސައްކަތްކުރަނީއެވެ. އެކަލޭގެފާނު އަވަހާރަވެފައި އިންނެވިކަން ހަމައެކަކަށް ވެސްނޭގުނެވެ. އެނގުނީ ހަމައެކަނި އެކަލޭގެފާނުންގެ އަސާކޮޅު ކަތުރުފަނި ކައިގެން އަސާކޮޅު ބިދިގެން އެކަލޭގެފާނުއިންނެވި ގޮޑިކޮޅުން އަރިއަޅައިލައިގެން ވެއްޓިވަޑައިގަތީމައެވެ. އަކަލޭގެފާނު ވެއްޓިވަޑައިގަތުމުން ޖިންނިންވެސް އެމީހުންނަށް غَيْب ނޭނގޭ ކަމަށް އެއްބަސްވިއެވެ. އަދި غَيْب އެނގޭނަމަ އެފަދަބޮޑު އުނދަގުލުގައި ގަދަމަސައްކަތްކުރާކަށް އެއިހާނާތްތެރި عَذَاب ގައި ލަސްވެނުތިބީސްކަން ރަނގަޅަށް بَيَان ވެއެނގިއްޖެއެވެ.
-
15
لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ ۖ جَنَّتَانِ عَن يَمِينٍ وَشِمَالٍ ۖ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ
Laq̣ad kaana li-Sabaʹiñ fee maskanihim ʹAayah: Jannataani ʻañy yameeniiñw washimaal. Kuloo mir Rizq̣i Rabbikum washkuroo lah: Baldatuñ ṭayyibatuñw wa-Rabbun G̣afoor!
ހަމަކަށަވަރުން سَبَأ قَبِيلَة ގެމީހުން ދިރިއުޅުނުތާގައި ﷲގެ قُدرَة ތެރިކަމުގެމައްޗަށް دَلِيل ކުރާ ވަރަށްބޮޑު دَلِيل އެއްވެއެވެ. ހެތްކެއްވެއެވެ. (سَبَأ އަކީ يَمَن ކަރައިގެ ތަނެކެވެ. އެމީހުންއުޅުނުތަނަށް ކިޔަނީ مَأرَب އެވެ. يَمَن ގެ ރަސްރަސްކަލުން އައިސްފައިވަނީ سَبَأ قَبِيلَة އިންނެވެ.) އެތާގައި ﷲލައްވާފައިވާ دَلِيل އަކީ އެމީހުންގެ ވާދީގެދެފަރާތުގައިވާ ދެބަގީޗާއެވެ. ކަނައަތްފަރާތުން ބަގީޗާއަކާއި ވައަތްފަރާތުން ބަގީޗާއެކެވެ. (އެމީހުން ދިރިއުޅުނު ގޮވަތިގެދޮރުތައް ހުރީ އެވާދީގައެވެ. އެބަގީޗާގައި ހުރީހާ ވައްތަރެއްގެ މޭވާވެއެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންނަށް އެންގެވީމެވެ.) ކަލޭމެން ކަލޭމެންގެ رَبُّ ގެ ރިޒުގުން ކައިބޮއި ހަދާށެވެ! އަދި އެކަލާނގެއަށް شُكُرُ ކުރާށެވެ! (ކަލޭމެންނަށް އެކަލާނގެ ދެއްވި ގިނަގުނަ نِعمَةَ ތަށްޓަކައި އެކަލާނގެ އަށް شُكُرُ ކޮށް އެކަލާނގެއަށް ކިޔަމަންތެރިވެ އުރެދުންތަކުން ދުރުވެގަންނާށެވެ.) ތިޔައީ ރަނގަޅު ރަށެކެވެ. ވައިފެން ރަނގަޅު މޭވާގިނަ ރަށެކެވެ. އަދި ތިޔަ نِعمَة ތައް ދެއްވި رَبُّ އަކީ އަޅުތަކުންގެ ފާފަފުއްސަވާ އޯގާވަންތަ رَبُّ އެކެވެ.
-
16
فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَـٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍ وَأَثْلٍ وَشَىْءٍ مِّن سِدْرٍ قَلِيلٍ
Faʹaʻraḍoo faʹarsalnaa ʻalayhim saylal ʻArimi wa-baddalnaahum̃ bijannatayhim jannatayni ẓawaatay ʹukulin khamṭiñw waʹas̤liñw washayʹim miñ sidriñ q̣aleel.
ދެންފަހެ މިބައިމީހުން ﷲ އަށް شُكُرُ ކުރުމުން އެނބުރި ފުރަގަސްދީފިއެވެ. އަދި ﷲ އަށް ކާފަރުވެއްޖެއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ މައްޗަށް ގަދަފަދަ ސައިލެއް ފޮނުއްވީމެވެ. އެސައިލް އެމީހުންގެ ގެދޮރުތައްވަށައިލައި ބަގީޗާތައް ހަލާކުކޮށްފިއެވެ. އަދި އެމީހުންގެ އެމޮޅުދެބަގީޗާ އެހެން ދެބަގީޗާއަކަށް ތިމަންރަސްކަލާނގެ ބަދަލުކޮށްލައިފީމެވެ. ފަހުގެ ދެބަގީޗާގެ ގަސް ގަހާގެއްސައް ހުރީ އޭގެ މޭވާހިތި އަދި ގަހުގައި ކަށިހުންނަ ޒާތުގެގަހެވެ. އަދި أَثَل ކިޔާގަހެކެވެ. އެއީ މޭވާ ނުވެސް އަޅާގަހެކެވެ. އަދި ކުޑަކުޑަކޮށް ކުންނާރުގަހެވެ.
-
17
ذَٰلِكَ جَزَيْنَـٰهُم بِمَا كَفَرُوا۟ ۖ وَهَلْ نُجَـٰزِىٓ إِلَّا ٱلْكَفُورَ
Ẓaalika jazaynaahum̃ bimaa kafaroo: wa-hal nujaazeee ʹillal kafoor.
އެމީހުންނަށް އެޖަޒާދެއްވީ އެމީހުން نِعمَة އަށް شُكُرُ ނުކޮށް ﷲ އަށް ކާފަރުވުމުގެ ސަބަބުންނެވެ. ފަހެ ކާފަރުވެއްޖެ ބަޔަކަށް މެނުވީ ތިމަންރަސްކަލާނގެ އެފަދަޖަޒާ ދެއްވަން ހެއްޔެވެ؟ އެބަހީ ކާފަރުވެއްޖެ ބަޔަކަށް މެނުވީ އެފަދަޖަޒާ ނުދެއްވަމެވެ.
-
18
وَجَعَلْنَا بَيْنَهُمْ وَبَيْنَ ٱلْقُرَى ٱلَّتِى بَـٰرَكْنَا فِيهَا قُرًى ظَـٰهِرَةً وَقَدَّرْنَا فِيهَا ٱلسَّيْرَ ۖ سِيرُوا۟ فِيهَا لَيَالِىَ وَأَيَّامًا ءَامِنِينَ
Wa-jaʻalnaa baynahum wa-baynal Q̣ural latee baaraknaa feehaa q̣urañ z̤̣aahiratañw waq̣addarnaa feehas sayr: seeroo feehaa layaaliya wa-ʹayyaaman ʹaamineen.
އަދި އެމީހުންގެ ރައްތަކާއި އަދި އެރަށްތަކުގައި ތިމަންރަސްކަލާންގެ ބަރަކާތް ލެއްވި (شَام ކަރައިގެ) ރައްތަކާއި ދެމެދު ގުޅިފައިވާ ރައްތަކެއް ލެއްވީމެވެ. އަދި އެތަންތާނގެ ދަތުރުފަތުރު ތިމަންރަސްކަލާންގެ މިންވަރުކުރެއްވީމެވެ. (މިދެމެދު ރަށްތަކަކީ ވިޔަފާރި ބަނދަރުތަކެކެވެ. އަދި އެރަށްތައް ލައްވާފައިވާނީ ހެނދުނު އެއްރަށުން ފުރައިގެން މެންދުރުވާއިރަށް އަނެއްރަށަށް އާދެވޭ ވަރަށެވެ. އަދި ހަވީރު ފުރައިގެން ރޭގަނޑު ނިދަން އަނެއްރަށަށް އާދެވޭ ވަރަށެވެ. (އަދި ތިމަން ރަސްކަލާނގެ އެމީހުނަށް އެންގެވީމެވެ.) ކަލޭމެން އަމާން ކަމާއިއެކު ރޭގަނޑުތަކާއި ދުވާލުތަކުގައި އެރަށްރަށަށް ދަތުރުކޮށް ހަދާށެވެ.
-
19
فَقَالُوا۟ رَبَّنَا بَـٰعِدْ بَيْنَ أَسْفَارِنَا وَظَلَمُوٓا۟ أَنفُسَهُمْ فَجَعَلْنَـٰهُمْ أَحَادِيثَ وَمَزَّقْنَـٰهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ
Faq̣aaloo Rabbanaa baaʻid bayna ʹasfaarinaa waz̤̣alamooo ʹañfusahum fajaʻalnaahum ʹaḥaadees̤a wa-mazzaq̣-naahum kulla mumazzaq̣. ʹInna fee ẓaalika laʹAayaatil likulli Ṣabbaariñ Shakoor.
ދެން ފަހެ އެމީހުން ދެންނެވިއެވެ. އޭ އަޅަމެންގެ رَبُّ އެވެ! އަޅަމެންނަށް އަޅަމެންގެ ދަތުރުތަށް ދުރުކޮށްދެއްވާނދޭވެ! އަދި އެމީހުން އެމީހުންގެ އަމިއްލަ نَفْسُ ތަކަށް އަނިޔާވެރިވެގެންފިއެވެ. ދެން ތިމަން ރަސްކަލާނގެ ހުރިހާގޮތަކުން އެމީހުން ހަލަކު ކުރައްވައި ފަހުން އަންނަ މީހުންގެ ދޫތަކުގެ މަތީގައި ދެކެވޭ ވާހަކައެއް ކަމުގައި އެމީހުންގެ ކަންތަށް ލައްވައިފީމެވެ. ފަހެ ގިނަގިނައިން ކެތްތެރިވާ އަދި ގިނައިން شُكُرُ ކުރާ ކޮންމެ އަޅަކަށް ކަނޑަ އެޅި بَيَان ވެގެންވާ دَلِيل އާއި ހެކި އަދި عِبرَة އާއި نَصِيحَة މިވާހަކަތަކުގައިވެއެވެ.
-
20
وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًا مِّنَ ٱلْمُؤْمِنِينَ
Wa-laq̣ad ṣaddaq̣a ʻalayhim ʹIbleesu z̤̣annahoo fattabaʻoohu ʹillaa fareeq̣am minal Muʹmineen.
އަދި އެބައިމީހުންގެ މައްޗަށް إِبْلِيسُ ކުރިހީ އޭނާ ތެދުކޮށް ދައްކައިފިއެވެ. (އިބިލީސް ކުރިހީއަކީ، އެމީހުންނަށް ވަސްވާސްދީ ދުނިޔޭގެ ޒީނަތްތެރިކަމުގެ ތެރެއަށް ވެއްދީމާ އެމީހުން އޭނާޔާ تَبَعُ ވާނޭ ކަމަށެވެ. އެގޮތަށް ކަންވެ ނިމުނީއެވެ.) مُؤمِنٌ ންގެ ތެރެއިން جَمَاعَةއްގެ ބަޔަކުމެނުވީ އެސޮރާ تَبَعُ ވިއެވެ
-
21
وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَـٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْـَٔاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّ ۗ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌ
Wa-maa kaana lahoo ʻalayhim miñ sulṭaanin ʹillaa linaʻlama mañy yuʹminu bil-ʹAakhirati mimman huwa minhaa fee shakk: wa-Rabbuka ʻalaa kulli shayʹin Ḥafeez̤̣.
އަދި އެ مُؤمِنٌ ންގެ މައްޗަށް އެއްވެސް ބާރެއް އެސޮރަށް ލިބިގެން ނުވެއެވެ. (އަދި އެސޮރާ تَبَعُ ވާ މީހުންނަށްވެސް އެސޮރު ވަސްވާސްދީ فَاحِش ކަން ޒީނަތްތެރިކޮށްދިނުން ނޫން އެހެންބާރެއް ނޯވެއެވެ.)\nއެކަންތަށް ތިމަން ރަސްކަލާނގެ އެގޮތަށްލެއްވީ އެމީހުންގެ ތެރެއިން آخِرَة ދުވަހަށް އީމާންވާމީހުންނާއި އަދި އެކަމާމެދު ޝައްކުގައިވާމިހުން ދެނެވޮޑިގެންވާކަން ފާޅުކުރުމަށެވެ. އަދި ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި رَبُّ ހުރިހާކަމެއް ހިމަނުއްވައި ބަލަހަށްޓަވައި ރައްކާތެރިކުރައްވައެވެ.
-
22
قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ
Q̣ulid ʻul laẓeena zaʻamtum miñ doonil laah: laa- yamlikoona mis̤q̣aala ẓarratiñ fis samaawaati wa-laa fil ʹarḍi wa-maa lahum feehimaa miñ shirkiñw wamaa lahoo minhum miñ z̤̣aheer.
(އޭ رَسُولُ ﷲ އެވެ!) ﷲ ފިޔަވައި ބުދުތައްއެއީ إِله ން ކަމުގައި ހަދައިގެން އެއިން شَفَاعَة އެއް ލިބޭނެކަމަށް ހީކޮށްގެން އުޅޭމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެންނަށް ޖެހުނުއުނދަގުލާއި مُصِيبَة ދުރުކުރުމަށް އެތަކެއްޗަށް ގޮވާށެވެ! މިއީ مَكَّة ގެ أَهلُ ވެރިންނަށް ޖެހުނު ތަދުމަޑު ދުވަސްވަރަށް إَشَارَة ކުރަށްވާ އާޔަތެކެވެ. އަލުންވެސް އެތަކެއްޗަށް އެއްވެސް އެހީއެއް ނުވެވޭނެކަން ﷲ އެއަންގަވަނީއެވެ.) އުޑުތަކާއި އަދި ބިމުގައިވެސް އެއްވެސް އެއްޗެއް ذَرَّة އެއްގެ ބުރަދަނުގެ މިންވަރުވެސް އެބުދުތަކަށް مِلك ވެގެން ނުވެއެވެ. އަދި އެދެތަނުން ކުރެތަނެއްގައި އެތަކެއްޗަށް އެއްވެސް ބައިވެރިވުމެއް حِصَّة އެއް ނުވެއެވެ. އަދި އެތަކެތީގެ ފަރާތުން އެކަލާނގެއަށް އެއްވެސް އެހީތެރިކަމެއް ވާގިވެރިކަމެއް ބޭނުންވެ ވޮޑިގެންނުވެއެވެ.
-
23
وَلَا تَنفَعُ ٱلشَّفَـٰعَةُ عِندَهُۥٓ إِلَّا لِمَنْ أَذِنَ لَهُۥ ۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا۟ مَاذَا قَالَ رَبُّكُمْ ۖ قَالُوا۟ ٱلْحَقَّ ۖ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ
Wa-laa tañfaʻush shafaaʻatu ʻiñdahooo ʹillaa liman ʹaẓina lah. Ḥattaaa ʹiẓaa fuzziʻa ʻañ q̣uloobihim q̣aaloo maaẓaa q̣aala Rabbukum? Q̣aalul Ḥaq̣q̣; wa-Huwal ʻAliyyul Kabeer.
އަދި އެމީހަކަށް އެކަލާނގެ إِذنَ ދެއްވި އަޅަކަށްމެނުވީ އެކަލާނގެ حَضْرَة ގައި شَفَاعَة ގެ އެއްވެސް مَنفَع އެއްނުވާނެއެވެ. (މަލާއިކަތްބޭކަލުންގެ حَال ކޮޅު އެކަލާންގެ وَحِي ބާވައިލައްވާ ވަގުތު ހުންނަގޮތް އަންނަނިވި އާޔަތުން ބަޔާންވެއެވެ. އެކަލާންގެ ބަސްފުޅުގެ مُقَابِل ގައި އެބޭކަލުންވެސް ހޭފުޅުނެތެވެ. އެހެންވީއިރު އެއިންފަރާތަކަށްވެސް އަޅުކަންކުރުން حَقّ އެއް ނޫނެވެ. އެބޭފުޅުން ހޭފުޅުނެތި ތިއްބެވުމައްފަހު) ހިތްޕުޅުތަކުން ބިރުފުޅުފިލައި ހޭފުޅުއެރީމާ އެއިން އެއްބޭކަލަކު އަނެއްބޭކަލަކަށް ވިދާޅުވާނެއެވެ އަޅަމެންގެ رَبُّ وَحِى ކުރެއްވީ ކޮން އެއްޗެއްތޯއެވެ؟ އަދި އެބޭކަލުން ވިދާޅުވާނެއެވެ. އެއީ ހަމަ حَقّ އެވެ. އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ ހައިބަބޮޑު ކަލާނގެއެވެ.
-
24
۞ قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قُلِ ٱللَّهُ ۖ وَإِنَّآ أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِى ضَلَـٰلٍ مُّبِينٍ
Q̣ul mañy yarzuq̣ukum minas samaawaati wal-ʹarḍ? Q̣ulil laahu wa-ʹinnaaa ʹaw ʹiyyaakum laʻalaa hudan ʹaw fee ḍalaalim mubeen!
(އޭ رَسُولُ ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުންނާބިމުން ކަލޭމެންނަށް ރިޒުޤު ދެއްވާނީ ކާކުހެއްޔެވެ؟ (ކަލޭމެންގެ إِلهން ތަކަށް އެއިން އެއްވެސް ކަމެއްނުވާނެކަން މިހާރު ސާބިތުވެއްޖެއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ހަމަ ﷲ އެވެ. ހަމަކަށަވަރުން އަހަރެމެން مُؤمِنٌ ންނާއި ކަލޭމެން ކާފަރުންނާއި ދެބައިމީހުންކުރެ އެއްބަޔަކު ކަނޑައެޅިގެން ތެދުމަގުގައިވެއެވެ. އަނެއްބަޔަކު ބަޔާންވެގެންވާ މަގުފުރެދުމެއްގައިވެއެވެ.
-
25
قُل لَّا تُسْـَٔلُونَ عَمَّآ أَجْرَمْنَا وَلَا نُسْـَٔلُ عَمَّا تَعْمَلُونَ
Q̣ul laa tusʹaloona ʻammaaa ajramnaa wa-laa nusʹalu ʻammaa taʻmaloon.
އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެމެން ކުރާކުށަކާއިމެދު ކަލޭމެނާ ސުވާލު ނުވެވޭނެއެވެ. އަދި ކަލޭމެން ކުރަމުންދާ ކަންތަކާއިމެދު އަހުރެމެންނާއި ސުވާލު ނުވެވޭނެއެވެ.
-
26
قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِٱلْحَقِّ وَهُوَ ٱلْفَتَّاحُ ٱلْعَلِيمُ
Q̣ul yajmaʻu baynanaa Rabbunaa s̤umma yaftaḥu baynanaa bilḥaq̣q̣: wa-Huwal Fattaaḥul ʻAleem.
އޭ رَسُولُ ﷲއެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އަހަރުމެންގެ رَبُّ (قِيَامَة ދުވަހުން) އަހަރެމެން ޖަމާކޮށްދެއްވާނެއެވެ. އަދި އަހުރެމެން އެންމެންގެ މެދުގައި އެކަލާނގެ حُكُم ކޮށްދެއްވާނެއެވެ. (ކިޔަމަންތެރިންނަށް ثوَاب ދެއްވައި ނުކިޔަމަންތެރިންނަށް عَذَاب ދެއްވާނެއެވެ.) އަދިއެކަލާނގެއީ حَقُّ ގޮތުގައި ނިޔާކުރައްވާ އަދިއެންމެހައިކަންތައް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
27
قُلْ أَرُونِىَ ٱلَّذِينَ أَلْحَقْتُم بِهِۦ شُرَكَآءَ ۖ كَلَّا ۚ بَلْ هُوَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ
Q̣ul ʹarooniyal laẓeena ʹalḥaq̣tum̃ bihee shurakaaaʹa kallaa. Bal Huwal laahul ʻAzeezul Ḥakeem.
(އޭ رَسُولُ ﷲއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އެކަލާނގެއާއި شَرِيكُ ކޮށް ގުޅައިގެން އުޅުނު إِله ންތައް އަހުރެމެންނަށް ނިކަންދައްކައިބަލާށެވެ! (އެތަކެތި އަހުރެމެންދެކިލާށެވެ. އަދި އެތަކެއްޗަށް ކުޅަދާނަވެގެންވަނީ ކޮންކަމެއްތޯދެކިލާށެވެ.)\nއެއްގޮތަކަށްވެސް އެބުދުތަކަކީ إِله ން ތަކެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ إِله އަކީ ހަމައެކަނި ގަދަކީރިތިވަންތަ حِكمَة ވަންތަކަލާނގެއެވެ. ﷲއެވެ.
-
28
وَمَآ أَرْسَلْنَـٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Wa-maaa ʹarsalnaaka ʹillaa kaaaffatal linnaasi basheerañw wanaẓeerañw walaakinna ʹaks̤aran naasi laa- yaʻlamoon.
އޭ رَسُولُ ﷲ އެވެ! އެންމެހައިމީސްތަކުންގެ ގާތަށް މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رَسُولُ ކަމާއިގެން ފޮނުއްވާފައިނުވާނެވެ. (އެބަހީ ކަލޭގެފާނު رَسُولُ ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީއެންމެހައިމީސްތަކުންގެ ގާތަށެވެ. (ކަޅެއްދޮނެއް عَرَبى އެއް عَجَمِى އެއް ވަކިތަފާތެއް ނޯންނާނެއެވެ.) އެއީ ސުވަރުގޭގެ ވާހަކައިން މީސްތަކުންނަށް އުފާވެރިކަމުގެ خَبَرُ ދެއްވުމަށާއި ނަރަކައިގެ ވާހަކައިން މީސްތަކުންނަށް ބިރުގަންނަވާ حَالُ ގައެވެ. އަދި އެކަމަކު މީސްތަކުންކުރެ ގިނަމީހުންނަކަށް އެގޮތެއްނޭގެއެވެ.
-
29
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ
Wa-yaq̣ooloona mataa haaẓal waʻdu ʹiñ kuñtum ṣaadiq̣een?
އަދި އެކާފަރުންގެ މީހުން މަލާމާތަށް ބުނެއެވެ. ކަލޭމެންތިޔަ ބުނަނީ ތެދެއްކަމުގައިވަންޏާ ތިޔަ وَعدُ ކުރާ قِيَامَة ދުވަސް ދެންއަންނާނީ ކޮންއިރަކުން ހެއްޔެވެ؟
-
30
قُل لَّكُم مِّيعَادُ يَوْمٍ لَّا تَسْتَـْٔخِرُونَ عَنْهُ سَاعَةً وَلَا تَسْتَقْدِمُونَ
Q̣ul lakum meeʻaadu Yawmil laa tastaʹkhiroona ʻanhu saaʻatañw walaa tastaq̣dimoon.
ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! އެކަމަށް ކަލޭމެންނަށް ކަނޑައެޅި عَيَّن ވެގެންވާ ދުވަސްވެއެވެ. އެދުވަސް ހަމަޖެހުމުން އެންމެތަންކޮޅެއްލަހެއްވެސް ނުވާނެއެވެ، އަދި އަވަހެއްވެސް ނުވާނެއެވެ. ހަމަ ގަޑިއަށް އެކަން ހަމަޖެހޭނެއެވެ.
-
31
وَقَالَ ٱلَّذِينَ كَفَرُوا۟ لَن نُّؤْمِنَ بِهَـٰذَا ٱلْقُرْءَانِ وَلَا بِٱلَّذِى بَيْنَ يَدَيْهِ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّـٰلِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ يَقُولُ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ لَوْلَآ أَنتُمْ لَكُنَّا مُؤْمِنِينَ
Wa-q̣aalal laẓeena kafaroo lan nuʹmina bihaaẓal Q̣urʹaani wa-laa billaẓee bayna yadayh. Wa-law taraaa ʹiẓiz̤̣ z̤̣aalimoona mawq̣oofoona ʻiñda Rabbihim yarjiʻu baʻḍuhum ʹilaa baʻḍinil q̣awl. Yaq̣oolul laẓeenas tuḍʻifoo lillaẓeenas takbaroo law-laaa ʹañtum lakunnaa Muʹmineen!
އަދި ކާފަރުންގެ މީހުންބުނެއެވެ. އަހުރެމެން މި قُرُآن އަކަށްވެސް އަދި އޭގެ ކުރީގެ ފޮތަކަށްވެސް (ބާވައިލެއްވި އެއްވެސް ފޮތަކަށް) إِيمَان އެއް ނުވާނަމެވެ. އަދި އަނިޔާވެރިންތައް يَعنِي مُشرِكٌ ން ތައް (ހިސާބު ބެއްލެވުމަށް އެބައިމީހުންގެ رَبُّ ގެ حَضْرَة އަށް) ގެނެވި ބަންދުވެ ހިފެހެއްޓިގެންވަނިކޮށްކަލޭގެފާނު ދެކެވަޑައި ގަންނަވާނެނަމައެވެ. އެވަގުތު އޭގެ އެއްބަޔަކު އަނެއްބަޔަކަށް ރުޅިއައިސްގެންނާއި އަދި ހިތާމައިގެގޮތުން ބަސްތައްބުނަމުން ދެފަރާތުން ވާހަކަތައް ބަދަލުކުރެވޭނެއެވެ. އަދި އޭގެ ތެރޭގައި ތިބި ދެރަވަރު ނިކަމެތި ضَعِيفٌ މީހުން ބޮޑާ كِبْرُ ވެރި މީހުންނާއި ދިމާއަށް ބުނާނެއެވެ. ކަލޭމެން އަހުރެމެންނާއި އެކުނުވިނަމަ ހަމަކަށަވަރުން އަހުރެމެން مُؤمِنٌ ން ކަމުގައިވީމުހެވެ.
-
32
قَالَ ٱلَّذِينَ ٱسْتَكْبَرُوا۟ لِلَّذِينَ ٱسْتُضْعِفُوٓا۟ أَنَحْنُ صَدَدْنَـٰكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُم ۖ بَلْ كُنتُم مُّجْرِمِينَ
Q̣aalal laẓeenas takbaroo lillaẓeenas tuḍʻifooo ʹanaḥnu ṣadadnaakum ʻanil Hudaa baʻda ʹiẓ jaaaʹakum bal kuñtum mujrimeen.
އަދި ނިކަމެތި ضَعِيفٌ މީހުންނަށް ކިބުރުވެރި ބޮޑާމީހުން ބުނެއެވެ. ކަލޭމެން ގާތަށް ތެދުމަގު އައިހިނދުން ކަލޭމެންތެދުމަގުން މަނާކޮށް ދުރުކުރީ އަހުރެމެން ހެއްޔެވެ؟ އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ވީހަމަ مُجْرِمٌ ން ކަމުގައެވެ.
-
33
وَقَالَ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ بَلْ مَكْرُ ٱلَّيْلِ وَٱلنَّهَارِ إِذْ تَأْمُرُونَنَآ أَن نَّكْفُرَ بِٱللَّهِ وَنَجْعَلَ لَهُۥٓ أَندَادًا ۚ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ وَجَعَلْنَا ٱلْأَغْلَـٰلَ فِىٓ أَعْنَاقِ ٱلَّذِينَ كَفَرُوا۟ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ
Wa-q̣aalal laẓeenas tuḍʻifoo lillaẓeenas takbaroo bal makrul layli wannahaari ʹiẓ taʹmuroonanaaa ʹan nakfura billaahi wa-najʻala lahooo ʹañdaadaa! Wa-ʹasarrun nadaamata lammaa raʹawul ʻAẓaab. Wa-jaʻalnal ʹag̣laala feee ʹaʻnaaq̣il laẓeena kafaroo: hal yujzawna ʹillaa maa- kaanoo yaʻmaloon.
އަދި ނިކަމެތި ضَعِيفٌ މީހުން ކިބުރުވެރިބޮޑާ މީހުންނާ ދިމާއަށް ބުނާނެއެވެ. އެއްގޮތަކަށްވެސް އެހެނެއްނޫނެވެ. ކަލޭމެން ރޭގަނޑާއި ދުވާލު ޒާތްޒާތުގެ مَكْرُ ތައް ހަދައި ރޭވުންތައް ރާވައި ﷲ އަށް ކާފަރުވުމަށް އަހުރެމެންނަށް أَمْرُ ކުރީއެވެ. އަދި އެކަލާނގެއަށް شَرِيكُ ން ތަކާ އެއްފަދަ مِثَال ތައް ލުމަށް އަހުރެމެންނަށް أَمْرُ ކުރީއެވެ. (ދެން އެމީހުން އެއްބަޔަކު އަނެއްބަޔަކަށް) ހިތާމަތައް ވަންހަނާ ކުރާނެއެވެ. އެއީ އެމީހުން ކުރި كُفْرُ ގެ عَمَل ތަކުގެ މައްޗަށެވެ. އެކަން އެހެން ހިނގާނީ އެމީހުންނަށް عَذَاب ފެންނަ ހިނދުންނެވެ. އަދި ކާފަރުވި މީސްތަކުންގެ ކަނދުރާތަކުގައި (އެމީހުން ނަރަކައިގާ ތިބޭހިނދު) ދަގަނޑުގެ ކަސްތަޅުތައް ތިމަންރަސްކަލާނގެ އަޅުވާހުށީމެވެ. އެމީހުންނަށް ފަހެ އެމީހުންކުރިކަންތަކުން މެނުވީ جَزَآءُ ލިބޭނެ ހެއްޔެވެ؟ އެބަހީ އެމީހުންނަށް އެ جَزَآءُ އެލިބެނީ އެމީހުން ކުރިކަންތަކުންނެވެ.
-
34
وَمَآ أَرْسَلْنَا فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ
Wa-maaa ʹarsalnaa fee q̣aryatim min Naẓeerin ʹillaa q̣aala mutrafoohaaa ʹinnaa bimaaa ʹursiltum̃ bihee kaafiroon.
އެއްވެސް ރަށަކަށް ތިމަންރަސްކަލާނގެ نَذِير އަކު ފޮނުވައިފިއްޔާ އެރަށެއްގައި ތިބޭ މުއްސަނދި ނުބައި އަދި މަތީފަންތީގެ މީހުން އެބޭކަލަކާ ދިމާއަށް "އަހުރެމެން މިތިބީ ތިޔަބޭކަލުން އެއެއްޗަކާއިގެން ފޮނުވުނު އެއްޗަށް ކާފަރުވެގެންނެވެ". މިހެން ނުބުނާ އެއްވެސް ބޭކަލަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ.
-
35
وَقَالُوا۟ نَحْنُ أَكْثَرُ أَمْوَٰلًا وَأَوْلَـٰدًا وَمَا نَحْنُ بِمُعَذَّبِينَ
Wa-q̣aaloo naḥnu ʹaks̤aru ʹawlaadañw waʹamwaalañw wamaa naḥnu bimuʻaẓẓabeen.
އަދި އެމީހުން ބުނެއެވެ. މުދަލުގެ ގޮތުންނާއި ދަރީންގެ ގޮތުން އަހުރެމެން މާތަނަވަސްވެފައި ފޯރުންތެރިކަން ބޮޑެވެ. އަދި އަހުރެމެންނަކީ آخِرَة ދުވަހުން عَذَاب ލިބޭނޭ ބަޔަކުކަމުގައި ނުވެއެވެ.
-
36
قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Q̣ul ʹinna Rabbee yabsuṭur Rizq̣a limañy yashaaaʹu wa-yaq̣diru wa-laakinna ʹaks̤aran naasi laa- yaʻlamoon.
އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި رَبُّ އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުޤު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުޤު މަދުކުރަށްވައި ދަތިކުރައްވައެވެ. (އެއީ އެކަލާނގެ ފުރިހަމަ حِكْمَة ފުޅެކެވެ.) އެކަމަކު ގިނަމީހުންނަކަށް ނޭނގެއެވެ.
-
37
وَمَآ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَـٰلِحًا فَأُو۟لَـٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَـٰتِ ءَامِنُونَ
Wa-maaa ʹamwaalukum wa-laaa ʹawlaadukum billatee tuq̣arribukum ʻiñdanaa zulfaaa ʹillaa man ʹaamana wa-ʻamila ṣaaliḥaa. Faʹulaaaʹika lahum Jazaaaʹuḍ ḍiʻfi bimaa ʻamiloo wa-hum fil g̣urufaati ʹaaminoon!
ތިޔަބައިމީހުންގެ މުދަލާއި ދަރީންނަކީ ތިމަންރަސްކަލާނގެ رَحْمَة އާއި ރުހިވޮޑިގަތުމަށް ގާތްވުމަށް ކުއްތަންވެ ގާތްކަން ހޯދޭނެއެއްޗެއްކަމުގައި ނުވެއެވެ. ހަމައެކަނި ގާތްކަމާއި ކުއްތަންވުން ހޯދޭނީ އީމާންވެގެން صَالِحُ عَمَل ކުރިބަޔަކަށެވެ. ފަހެ އެމީހުންނަށް އެމީހުންކުރި ހެޔޮ عَمَل ގެ جَزَآءُ އެތައްގުނައަކަށް ގިނަވެގެން ލިބޭހުއްޓެވެ. އެމީހުން آخِرَة ދުވަހުން ވާހުށީ ސުވަރުގޭގައި އަމާންވެގެންވާ حَالُ އެތާގެ ކޮޓަރިކޮޅުތަކުގައެވެ.
-
38
وَٱلَّذِينَ يَسْعَوْنَ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ
Wallaẓeena yasʻawna feee ʹAayaatinaa muʻaajizeena ʹulaaaʹika fil ʻAẓaabi muḥḍaroon.
އަދި ތިމަންރަސްކަލާނގެ އާޔަތްތައް بَاطِل ކޮށް ނުކުޅައްދައިލުމަށް މަސައްކަތަކުރާމީހުން ދަންނައެވެ. ފަހެ އެމީހުން آخِرَة ދުވަހުން عَذَاب ގެތެރެއަށް حَاضِرُ ކުރެވޭނެއެވެ. ނުވަތަ زَبَانِيَّة މަލާއިކަތްބޭކަލުން އެމީހުން ނަރަކައިގެ عَذَاب އަށް حَاضِرُ ކުރައްވާނެއެވެ.
-
39
قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥ ۚ وَمَآ أَنفَقْتُم مِّن شَىْءٍ فَهُوَ يُخْلِفُهُۥ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ
Q̣ul ʹinna Rabbee yabsuṭur Rizq̣a limañy yashaaaʹu min ʻibaadihee wa-yaq̣diru lah. Wa-maaa ʹañfaq̣tum miñ shayʹiñ fa-Huwa yukhlifuh: wa-Huwa Khayrur Raaziq̣een.
އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ رَبُّ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް رِزْقُ ތަނަވަސްކުރައްވައި ގިނަކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުޤު މަދުކުރައްވައި ދަތިކުރައްވައެވެ. ފަހެ ކަލޭމެން ހެޔޮކަމުގެ މަގުގައި ހޭދަކުރި ކޮންމެ އެއްޗެއް އެއެއްޗެއްގެ ބަދަލު އެކަލާނގެ ފަހުން ކަލޭމެންނަށް ދެއްވާނެއެވެ. އޭގެ ދަރުމަ ކަލޭމެންނަށް ލިބޭހުއްޓެވެ. އަދި އެކަލާނގެއީ رِزْقُ ދެއްވާ އެންމެ ހެޔޮފަރާތެވެ.
-
40
وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَـٰٓئِكَةِ أَهَـٰٓؤُلَآءِ إِيَّاكُمْ كَانُوا۟ يَعْبُدُونَ
Wa-Yawma yaḥshuruhum jameeʻañ s̤umma yaq̣oolu lilmalaaaʹikati ʹa-haaaʹulaaaʹi ʹiyyaakum kaanoo yaʻbudoon?
އަދި އެއެންމެން އެކަލާނގެ އެއްކުރައްވައި مَحْشَر ކުރައްވާ ދުވަހުން (އެއެންމެން އެއްކުރައްވާފައި) ދެން އެކަލާނގެ މަލާއިކަތްބޭކަލުން ކުރެން އައްސަވާ ސުވާލުކުރައްވާނެއެވެ. މި މީހުން މިއީ ކަޑައެޅިގެން ކަލޭމެނަށް އަޅުކަންކުރި މީހުންހެއްޔެވެ؟
-
41
قَالُوا۟ سُبْحَـٰنَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا۟ يَعْبُدُونَ ٱلْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ
Q̣aaloo Subḥaanaka ʹAñta Waliyyunaa miñ doonihim. Bal kaanoo yaʻbudoonal Jinn: ʹaks̤aruhum̃ bihim Muʹminoon.
އެބޭކަލުން ދަންނަވާނެއެވެ. އިބަރަސްކަލާނގެ ހުސް طَاهِرُ ވަންތައެވެ. އިބަރަސްކަލާނގެއީ އެމީހުން ފިޔަވައި އަޅަމެންގެ ސަހަރޯވެރި ކަލާނގެއެވެ. އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްތޯއެވެ؟ އެމީހުންވީ ޖިންނިންނަށް އަޅުކަންކުރާ ބަޔަކު ކަމުގައެވެ. އެމީހުންކުރެ ގިނަމީހުން إِيمَان ވެގެންވަނީ އެޖިންނީންނަށެވެ.
-
42
فَٱلْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍ نَّفْعًا وَلَا ضَرًّا وَنَقُولُ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّتِى كُنتُم بِهَا تُكَذِّبُونَ
Fal-Yawma laa- yamliku baʻḍukum libaʻḍin nafʻañw walaa ḍarraa: wa-naq̣oolu lil-laẓeena z̤̣alamoo ẓooq̣oo ʻAẓaaban Naaril latee kuñtum̃ bihaa tukaẓẓiboon!
(الله تَعَالى وَحِي ކުރައްވާނެތެވެ.) މިއަދު ކަލޭމެން ދެބައިމީހުންކުރެ އެއްބަޔަކުވެސް (އެއީ އަޅުކަންކުރި މީހުންނާއި އަޅުކަން ވެވުނުމީހުންނެވެ.) އަނެއްބަޔަކަށް مَنْفَع އެއް ދިނުމެއް ނުވަތަ ގެއްލުމެއް ދިނުމެއްވިޔަސް مِلْكُ ވެގެންނުވެއެވެ. އަދި އަނިޔާވެރިންނަށް يَعْنِي مُشرِكٌ ންނަށް ތިމަންރަސްކަލާނގެ އަންގާ ހުށީމެވެ. ކަލޭމެން ނަރަކައިގެ عَذَاب ގެ ރަހަލިބިގަންނާށެވެ. އެ ނަރަކައަކީ ކަލޭމެން އެނަރަކަ ދޮގުކުރާ ކަމުގައިވި ނަރަކައެވެ.
-
43
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالُوا۟ مَا هَـٰذَآ إِلَّا رَجُلٌ يُرِيدُ أَن يَصُدَّكُمْ عَمَّا كَانَ يَعْبُدُ ءَابَآؤُكُمْ وَقَالُوا۟ مَا هَـٰذَآ إِلَّآ إِفْكٌ مُّفْتَرًى ۚ وَقَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ
Wa-ʹiẓaa tutlaa ʻalayhim ʹAayaatunaa Bayyinaatiñ q̣aaloo maa- haaẓaaa ʹillaa rajuluñy yureedu ʹañy yaṣuddakum ʻammaa kaana yaʻbudu ʹaabaaaʹukum. Wa-q̣aaloo maa- haaẓaaa ʹillaaa ʹifkum muftaraa! Wa-q̣aalal laẓeena kafaroo lil-Ḥaq̣q̣i lammaa jaaaʹahum ʹin haaẓaaa ʹillaa siḥrum mubeen!
އަދި އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ بَيَان ވެގެންވާ އާޔަތްތައް (قُرُآن ގެ އާޔަތްތައް) ކިޔެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. މި قُرُآن މިކިޔަވާމީހާ (ދަންނައެވެ!) ކަލޭމެން ކާބަފައިން އެތަކެއްޗަށް އަޅުކަންކުރި ތަކެތީން ކަލޭމެންނަށް މަނާކޮށް ދުރުކުރުވުމަށް މެނުވީ އޭނާނެއެދެއެވެ. އަދި އެމީހުން ބުނެއެވެ. މި قُرُآن އަކީ ހަމަހަދައިގެން އުޅޭ ދޮގެއްކަމުގައި މެނުވީ ނުވެއެވެ. އަދި ކާފަރުވީ މީސްތަކުން އެބައިމީހުންގެ ގާތަށް حَقُّ އައި ހިދުން (إِسلاَم دِين އައި ހިދުން) އެ حَقُّ އާއި ދިމާލަށް އެމީހުން ބުނީ މިއީ بَيَان ވެގެންވާ سِحْرُ އެއްކަމުގައި މެނުވީ ނުވެއެވެ.
-
44
وَمَآ ءَاتَيْنَـٰهُم مِّن كُتُبٍ يَدْرُسُونَهَا ۖ وَمَآ أَرْسَلْنَآ إِلَيْهِمْ قَبْلَكَ مِن نَّذِيرٍ
Wa-maaa ʹaataynaahum miñ Kutubiñy yadrusoonahaa wa-maaa ʹarsalnaaa ʹilayhim q̣ablaka min Naẓeer.
އަދި މީގެކުރިން އެމީހުން يَعنِي عَرَبِي ން ކިޔަވައި ދިރާސާކުރާނެ ފޮތެއް ތިމަންރަސްކަލާނގެ އެމީހުންނަކަށް ނުދެމެވެ. އަދި ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެމީހުންގެ ގާތަށް އެއްވެސް رَسُولُ ބޭކަލަކުވެސް ނުފޮނުއްވަމެވެ.
-
45
وَكَذَّبَ ٱلَّذِينَ مِن قَبْلِهِمْ وَمَا بَلَغُوا۟ مِعْشَارَ مَآ ءَاتَيْنَـٰهُمْ فَكَذَّبُوا۟ رُسُلِى ۖ فَكَيْفَ كَانَ نَكِيرِ
Wa-kaẓẓabal laẓeena miñ q̣ablihim wa-maa balag̣oo miʻshaara maaa ʹaataynaahum fakaẓẓaboo rusulee: fakayfa kaana nakeer!
އަދި މިމީހުންގެ (އެބަހީ مَكَّة ގެ مُشرِكُ ންގެ) ކުރިންވެސް އެކިއެކި أُمَّة ތަކަށް ވަޑައިގެންނެވި رَسُولُ ބޭކަލުން އެ أُمَّة ތަކުގެ މީސްތަކުން ދޮގުކުރިއެވެ. އެމީސްމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި نِعمَة އާއި އާރާއި ބާރުގެ ދިހަބައިކުޅަ އެއްބައިވެސް މިމީހުންނަށް يَعنِي مَكَّة ގެ أَهلُ ވެރިންނަށް ލިބިގެންނުވެއެވެ. ފަހެ އެމީހުންވެސް يَعنِي އިސްވެދިޔަ أُمَّة ތަކުގެ މީސްތަކުންވެސް ތިމަންރަސްކަލާނގެ ފޮނުއްވި رَسُولُ ބޭކަލުން ދޮގުކުރިއެވެ. އޭގެ ސަބަބުން އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ إِنكَار އާއި ކޯފާ ވެގެންދިޔައީ ކޮންފަދައަކުން ހެއްޔެވެ؟ (مَكَّة ގެ أَهلُ ވެރިންވެސް إِيمَان ނުވިނަމަ ދެންވާނެގޮތް ވިސްނާށެވެ. އިސްވެދިޔަތަނުން عِبرَة حَاصِل ކުރާށެވެ.)
-
46
۞ قُلْ إِنَّمَآ أَعِظُكُم بِوَٰحِدَةٍ ۖ أَن تَقُومُوا۟ لِلَّهِ مَثْنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُوا۟ ۚ مَا بِصَاحِبِكُم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌ لَّكُم بَيْنَ يَدَىْ عَذَابٍ شَدِيدٍ
Q̣ul ʹinnamaaa ʹaʻiz̤̣ukum̃ biwaaḥidah: ʹañ taq̣oomoo lillaahi mas̤naa wa-furaadaa s̤umma tatafakkaroo: maa- bi-Ṣaaḥibikum miñ Jinnah: ʹin huwa ʹillaa Naẓeerul lakum̃ bayna yaday ʻAẓaabiñ shadeed.
އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ކަލޭމެނަށް إِنذَار ކޮށް އަދި نَصِيحَة ދީ وَعظُ ދީ މިހަދަނީ އެންމެކަމަކަށްޓަކައެވެ. އެއީ ﷲގެ ރަސްކަނަފުޅައްޓަކައި ކަލޭމެން (حَقُّ ހޯދުމަށްޓަކައި ތެދުވެރި ވިސްނުމާއި فِكرُ ބޭނުންކޮއްގެން.) ދެމީހުން ދެމީހުންނާއި އަދި އެކަނި އެކަނިންވެސް ތެދުވެ ރަނގަޅަށް ހޯދައި ބަލާށެވެ. އެއީ نَبِى އާއަށާއި އެކަލޭގެފާނު ގެންނެވި إِسلاَم دِين އަށާއި އެކަލޭގެފާނު ގެންނެވި ފޮތަށާއި މިތަކެއްޗަށް ރަނގަޅަށް ވިސްނައި فِكرُ ކޮށް ތެދުވެރި نَظَر އަކުން ބެލީމާ ކަލޭމެންގެ އެކުވެރިޔާގެ ކިބައިގައި (يَعنِي مُحَمَّدُ ގެ ފާނުންގެ ކިބައިގައި) އެއްވެސް ބާވަތެއްގެ ޖިންނިބަލީގެ މޮޔަކަމުގެ އަސަރެއް ނެތްކަން ރަނގަޅަށް ކަލޭމެންނަށް އެނގޭނެއެވެ. އެއީ ހަމައެކަނި ގަދަވެގެންވާ عَذَاب އެއްގެ (قِيَامَة ދުވަހުގެ عَذَاب ގެ خَبَر ދެއްވުމަށް) ވަޑައިގެންނެވި رَسُولُ ބޭކަލަކު ކަމުގައި ނޫނީނުވެއެވެ.
-
47
قُلْ مَا سَأَلْتُكُم مِّنْ أَجْرٍ فَهُوَ لَكُمْ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ شَهِيدٌ
Q̣ul maa- saʹaltukum min ʹajriñ fahuwa lakum: ʹin ʹajriya ʹillaa ʻalal laah: wa-Huwa ʻalaa kulli shayʹiñ Shaheed.
އޭ رَسُولُ ﷲ އެވެ! ކަލޭގެފާނުވިދާޅުވާށެވެ! ތިމަންކަލޭގެފާނު ކަލޭމެނަށް މި ރަސޫލުކަން އިއްވަވާތީ އޭގެ ބަދަލުގައި ކަލޭމެންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. އެއްޗަކަށް އެދުނުނަމަ އެއެއްޗެއްވެސް އެއީ ކަލޭމެންނަށެވެ. އަދި ތިމަންކަލޭގެފާނަށް އޮތް ދަރުމައެއް އަދި އުޖޫރައެއް ﷲގެ حَضرَة އަށް މެނުވީ ނުވެއެވެ. އަދި އެކަލާނގެ ހުރިހާއެއްޗެއްގެ މައްޗަށް ހެކިވެވޮޑިގެންވެއެވެ.
-
48
قُلْ إِنَّ رَبِّى يَقْذِفُ بِٱلْحَقِّ عَلَّـٰمُ ٱلْغُيُوبِ
Q̣ul ʹinna Rabbee yaq̣ẓifu bil-Ḥaq̣q̣i ʻAllaamul g̣uyoob.
އޭ رَسُولُ ﷲ އެވެ! ކަލޭގެފާނުވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ رَبُّ حَقُّ ގޮތުގައި وَحِي ބާވައިލައްވައެވެ. ނުވަތަ بَاطِل ގެ މައްޗަށް حَقُّ ފޮނުއްވައި بَاطِل ނެތިކުރަށްވައެވެ. އެކަލާނގެއީ غَيبُ ތަށް މޮޅަށްދެނެވޮޑިގެންވާ ކަލާނގެއެވެ.
-
49
قُلْ جَآءَ ٱلْحَقُّ وَمَا يُبْدِئُ ٱلْبَـٰطِلُ وَمَا يُعِيدُ
Q̣ul jaaaʹal Ḥaq̣q̣u wa-maa yubdiʹul Baaṭilu wa-maa yuʻeed.
އޭ رَسُولُ ﷲ އެވެ! ކަލޭގެފާނުވިދާޅުވާށެވެ! حَقُّ އަތުވެއްޖެއެވެ. (قُرُآن އާއި تَوحِيد އާއި إِسلاَم دِين އައީއެވެ.) އަދި بَاطِل ފައުޅުނުވާނެއެވެ. (شِرك ފައުޅުނުވާނެއެވެ.) ދެން އެ بَاطِل އަބުރާއައުމެއްނެތެވެ. (ނުވަތަ އިބިލީސް އެއްވެސް އެއްޗެށް ނުއުފައްދާނެއެވެ. އަދި އެސޮރަށް އެއްވެސްމީހަކު مَحشَر ނުކުރެވޭނެއެވެ.) މި ގޮތްގޮތަށް آيَة ގެ تَرجَمَة ލިޔެވިފައިވެއެވެ.
-
50
قُلْ إِن ضَلَلْتُ فَإِنَّمَآ أَضِلُّ عَلَىٰ نَفْسِى ۖ وَإِنِ ٱهْتَدَيْتُ فَبِمَا يُوحِىٓ إِلَىَّ رَبِّىٓ ۚ إِنَّهُۥ سَمِيعٌ قَرِيبٌ
Q̣ul ʹiñ ḍalaltu faʹinnamaaa ʹaḍillu ʻalaa nafsee: waʹinih tadaytu fabimaa yooḥeee ʹilayya Rabbee: ʹinnahoo Sameeʻuñ Q̣areeb.
އޭ رَسُولُ ﷲ އެވެ! ކަލޭގެފާނުވިދާޅުވާށެވެ! ތިމަންކަލޭގެފާނު މަގުފުރެދުނުނަމަ އެއީ ތިމަންކަލޭގެފާނުންގެ އަމިއްލަ نَفسُ ގެ ކަމެކެވެ. އެކަމުގެ ފާފަ އޮންނާނީ ތިމަންކަލޭގެފާނުންގެ އަމިއްލަ نَفسُ އަށެވެ. އަދި ތިމަންކަލޭގެފާނު ތެދުމަގުގައި ވަންޏާ އެއީ ތިމަންކަލޭގެފާނުންގެ رَبُّ ތިމަންކަލޭގެފާނަށް އިއްވަވާ وَحِي ގެސަބަބުނެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ އަދި ދާދިގާތުގައި ވޮޑިގެންވާކަލާނގެއެވެ.
-
51
وَلَوْ تَرَىٰٓ إِذْ فَزِعُوا۟ فَلَا فَوْتَ وَأُخِذُوا۟ مِن مَّكَانٍ قَرِيبٍ
Wa-law taraaa ʹiẓ faziʻoo falaa fawta wa-ʹukhiẓoo mim makaaniñ q̣areeb,
އަދި އެމީހުން ބިރުން ސިހޭހިނދުން ހަމަކަށަވަރުން ކަލޭގެފާނު ވަރަށްބޮޑު ބިރުހުރިގޮތަކަށް އެމީހުން ދެކެވަޑައިގަންނަވާނެއެވެ. (އެވަގުތަކީ އެމީހުން މަރަށް حَاضِر ވާވަގުތެވެ. ނުވަތަ مَحشَر ވުމަށްޓަކައި ވަޅުތަކުންނުކުންނަ ވަގުތެވެ.) އެވަގުތު އެމީހުން ފާއިތުވުމެއްނުވެއެވެ. އެބަހީ ފިލައިގެންދިއުމެއް ނުވަތަ ސަލާމަތްވުމެއް ނުވެއެވެ. ގާތްހިސާބަކުން އެމީހުން ހިފެވިގެން مَحشَر ގެ مَيدَان އަށް ގެނެވޭނެއެވެ.
-
52
وَقَالُوٓا۟ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانٍۭ بَعِيدٍ
Wa-q̣aalooo ʹaamannaa bih; wa-ʹannaa lahumut tanaawushu mim makaanim baʻeed,―
އެހިނދު (އެބަހީ مَحشَر ގެ مَيدَان ގެ ކަންތައްގަޑުފެންނަ ހިނދު) އެމީހުން ބުނާނެއެވެ. އަހުރެމެން އެކަލޭގެފާނަށް (ނުވަތަ إِسلاَم دِين އަށް) އީމާންވެއްޖައީމެވެ. އެކަމަކު އެހާދުރުހިސާބުން އެމީހުންނަށް إِيمَان ވުމުގެ فُرُصَة ލިބޭނީ ކޮންފަދައަކުން ހެއްޔެވެ؟ (އެއީ އެމީހުން ދުނިޔޭގައި ވާންވީ إِيمَان ކަމެއް މިހާރުދެން آخِرَة ގައި އެކަން قَبُول ވެވޭނީ ކޮންފަދައަކުން ހެއްޔެވެ؟)
-
53
وَقَدْ كَفَرُوا۟ بِهِۦ مِن قَبْلُ ۖ وَيَقْذِفُونَ بِٱلْغَيْبِ مِن مَّكَانٍۭ بَعِيدٍ
Wa-q̣ad kafaroo bihee miñ q̣ablu wa-yaq̣ẓifoona bilg̣aybi mim makaanim baʻeed?
އެމީހުންވަނީ މީގެކުރީގައި އެކަމަށް ކާފަރުވެފައެވެ. (އެބަހީ ދުނިޔޭގައި ތިބިއިރު އެކަމަށް ކާފަރުވެފައެވެ.) އެމީހުންއައީ އެކަމާއިމެދު ދުރުދުރުން ރޭދަލަށް އުކަމުންނެވެ. އެބަހީ ޒާތްޒާތުގެ ހީތައްކުރަމުންނެވެ. (قِيَامَة އެއްނުވާނެއެވެ. ސުވަރުގެއެއް ނަރަކައެއްނުވާނެކަމަށް އެކިޒާތުގެ ހީކުރަމުންނެވެ.) ކުރަންނުވާ ޒާތުގެ ދުރުހީތަށް ކުރިއެވެ.
-
54
وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ كَمَا فُعِلَ بِأَشْيَاعِهِم مِّن قَبْلُ ۚ إِنَّهُمْ كَانُوا۟ فِى شَكٍّ مُّرِيبٍۭ
Waḥeela baynahum wabayna maa- yashtahoona kamaa fuʻila biʹashyaaʻihim miñ q̣abl: ʹinnahum kaanoo fee shakkim mureeb.
އަދި އިސްވެދިޔަ أُمَّة ތަކުގައި ތިބި ކާފަރުންނެކޭ އެއްގޮތަށް މިމީހުންނަށްވެސް މިމީހުން އެދޭކަންތަކާއި މިމީހުންނާއި ދެމެދު ހުރަސްއެޅެވުނީއެވެ. އެމީހުން މިހާރު އެދޭކަމަކަށްވީ އީމާންވުމެވެ. އެކަމަކު އެކަމާއި އެމީހުންނާއި ދެމެދު މިހާރުއެވަނީ ހުރަސްވެގެންނެވެ. އެމީހުން ދުނިޔޭގައި އުޅުނުއިރު ތިބީ އެކަންކަމާއިމެދު (އެބަހީ رَسُول ބޭކަލުން ގެންނެވި ކަންކަމާއިމެދު) ބޮޑުވެގެންވާ ޝައްކެއްގެމަތީގައެވެ.