-
1
ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ جَاعِلِ ٱلْمَلَـٰٓئِكَةِ رُسُلًا أُو۟لِىٓ أَجْنِحَةٍ مَّثْنَىٰ وَثُلَـٰثَ وَرُبَـٰعَ ۚ يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
ʹAl-Ḥamdu lillaahi Faaṭiris Samaawaati wal-ʹarḍi jaaʻilil malaaaʹikati rusulan ʹuleee ʹajniḥatim mas̤naa wa-s̤ulaas̤a wa-rubaaʻ: yazeedu fil khalq̣i maa- yashaaaʹ: ʹinnal laaha ʻalaa kulli shayʹiñ Q̣adeer.
އެންމެހާ حَمْد އާއި تَعْرِيف އާއި ޘަނާއެއްހުރީ، އިސްވެދިޔަ އެއްވެސް މިސާލަކާ ނުލައި އުޑުތަކާއި ބިން ހެއްދެވި ﷲ އަށެވެ. އެކަލާނގެއީމަލާއިކަތްބޭކަލުން ރަސޫލުން ކަމުގައި ލެއްވި ކަލާނގެއެވެ. (މި އާޔަތު ގައި މަލާއިކަތްބޭކަލުންނެވެ. އޮތްބަސްފުޅުގައި ގިނަ ތަފްސީރު ޢިލްމުވެރިން މުރާދުކުރައްވަނީ جِبْرِيل، مِيْكَائِيل، إِسْرَافِيْل އަދި أزرائِيل އެވެ.) އެބޭބޭކަލުން ލައްވާފައިވަނީ ދެފިޔަފުޅުން ދެފިޔަފުޅުންނާއި ތިންފިޔަފުޅުން ތިންފިޔަފުޅުންނާއި އަދި ހަތަރުފިޔަފުޅުން ހަތަރުފިޔަފުޅުންވާ ބޭކަލުންކަމުގައެވެ. އަދި އެކަލާނގެ އެބޭކަލުން ހެއްދެވުމުގައި އެކަލާނގެ އެދިވޮޑިގެންފިއްޔާ އެޔައްވުރެ ފިޔަފުޅު އިތުރުވެސް ކުރައްވައެވެ. (ދަންނައެވެ. صَحَّ حَدِيث ގައި ވާރިދު ވެގެންވާ ގޮތުން جِبْرِيل عَلَيهِ السَّلام ގެ ހަސަތޭކަ ފިޔަފުޅުވެއެވެ. وَالله أَعْلَم........) ހަމަކަށަވަރުން ﷲ ތަޢާލާ ކޮންމެކަމެއްގެ މައްޗަށްވެސް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
2
مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُۥ مِنۢ بَعْدِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Maa- yaftaḥil laahu linnaasi mir Raḥmatiñ falaa mumsika lahaa: wa-maa yumsik falaa mursila lahoo mim baʻdih: wa-Huwal ʻAzeezul Ḥakeem.
ﷲ މީސްތަކުންނަށް ދެއްވާ ރަޙުމަތެއްއެއީ ވާރޭ ފެނުގެ ރަޙުމަތެއްނަމަވެސް އަދި އެހެންގޮތަކުން އަންނަ ރިޒުޤެއްގެ ރަޙްމަތެއް ނަމަވެސް އަޔަނުދީ ހިފަހައްޓާ މަނާކުރެވޭނެ މީހަކު ނުވެއެވެ. އަދި އެކަލާނގެ ހިފަހައްޓަވައިފި رحمة އެއް އެކަލާނގެ މެނުވީ އެ رحمة އެއް މީސްތަކުންނާ ހަމައަށް ފޯރުކޮށްދެވޭނެ އެކަކުވެސް ނުވެއެވެ. އަދި އެކަލާނެގެއީ عزة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
3
يَـٰٓأَيُّهَا ٱلنَّاسُ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ ۚ هَلْ مِنْ خَـٰلِقٍ غَيْرُ ٱللَّهِ يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ لَآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ
Yaaaʹayyuhan naasuẓ kuroo niʻmatal laahi ʻalaykum! Hal min Khaaliq̣in g̣ayrul laahi yarzuq̣ukum minas samaaaʹi wal-ʹarḍ? Laaa ʹilaaha ʹillaa Hoo! Faʹannaa tuʹfakoon?
އޭ މީސްތަކުންނޭވެ! ކަލޭމެންގެ މައްޗަށްވާ ﷲ ގެ نعمة ތައް ކަލޭމެން ހަދާންކުރާށެވެ. އުޑުން ވާރޭ ފެން ފޮދެއްގެ نعمة އެއްވިޔަސް އަދި ބިމުން ފަތްޕިލާވެލީގެ نعمة އެއްވިޔަސް ދެއްވާނޭ އެހެން އެއްވެސް خالق އަކު ﷲ ފިޔަވައި ކަލޭމެނަށް ވޭހެއްޔެވެ؟ (އެބަހީ، އެފަދަ ކަމެއް ކޮށްދޭނޭ އެހެން އެއްވެސް ކަލަކު ﷲ މެނުވީ ނުވެއެވެ.) އެކަލާނގެ ފިޔަވައި އަޅުކަން ވެވުން حق އެހެން އިލާހަކުނުވެއެވެ. ފަހެ، حق ފިޔަވައި ކަލޭމެން އެބުރިގެންދާނީ ކޮންފަދައަކުން ހެއްޔެވެ؟
-
4
وَإِن يُكَذِّبُوكَ فَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
Wa-ʹiñy yukaẓẓibooka faq̣ad kuẓẓibat rusulum miñ q̣ablik: wa-ʹilal laahi turjaʻul ʹumoor.
(އޭ رسول الله އެވެ!) އެމީހުން އެބަހީ، مكة ގެ أهل ވެރިން ކަލޭގެފާނު ދޮގުކުރިނަމަވެސް އެއަކީ އައުކަމެއްނޫނެވެ. އަޖާބު ވާންވީކަމެއްނޫނެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ކުރީގައި ފޮނުއްވުނު رسول ބޭކަލުންވެސް ދޮގުކުރެވުނެވެ. އެބަހީ، އިސްވެދިޔަ أمّة ތަކުގައިތިބި ކާފަރުންގެ މީހުންވެސް އެމީހުން ގާތަށް ފޮނުއްވުނު رسول ބޭކަލުން ދޮގުކުރިއެވެ. އަދި ހުރިހާ ކަމެއް އެނބުރި رجوع ވުންވަނީ ﷲ ގެ حضرة އަށެވެ. (އަޅުތަކުންގެ عمل ތަކަށް އެކަލާނގެ ފުރިހަމަ جزاء ދެއްވާހުއްޓެވެ.)
-
5
يَـٰٓأَيُّهَا ٱلنَّاسُ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۖ وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ
Yaaaʹayyuhan naasu ʹinna waʻdal laahi ḥaq̣q̣uñ falaa tag̣urrannakumul ḥayaatud dunyaa: wa-laa yag̣urrannakum̃ billaahil G̣aroor.
އޭ އެންމެހައި މީސްތަކުންނޭވެ. ހަމަކަށަވަރުން ﷲ ގެ ވަޢުދުފުޅު އެއީ ޙައްޤު ތެދުއެއްޗެކެވެ. (އެބަހީ މަރުވުމަށްފަހު محشر އަށް ފޮނުވުމާއި عمل ތަކަށް ހިސާބުބަށްލަވައި جزاء ދެއްވުމާއި ނަރަކައާއި ސުވަރުގެއާއި މިހުރީހަމަحقއެވެ.) حياة ގެ ދަޅަތަކާއި ޒީނަތްތެރިކަމުން ކަލޭމެން ހެއްލުން ތެރިވިޔަނުދޭށެވެ. އަދި ﷲއާއިމެދު شَيْطان އާ ކަލޭމެން ހެއްލުންތެރި ކުރުވިޔަ ނުދޭށެވެ. (އެބަހީ ﷲއީ ފާފަފުއްސަވާ އަދި عَفوء ކުރައްވާ ކަލެކޭ ކަލޭމެން ކުރާ ފާފަތައް އެކަލާނގެ އޯގާވަންތަކަމުން ފުއްސަވާނޭ- މިފަދަ ވަސްވާސްދީ ގިނަ ފާފަ ކަލޭމެން ލައްވައި އެސޮރު ކުރުވިޔަނުދޭށެވެ.)
-
6
إِنَّ ٱلشَّيْطَـٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَـٰبِ ٱلسَّعِيرِ
ʹInnash Shayṭaana lakum ʻaduwwuñ fattakhiẓoohu ʻaduwwaa. ʹInnamaa yadʻoo ḥizbahoo liyakoonoo min ʹAṣḥaabis Saʻeer.
ހަމަކަށަވަރުން شيطان އާއީ ކަލޭމެންނަށް ބަޔާންވެގެންވާ عدو އެކެވެ. ކަލޭމެންވެސް އެސޮރަކީ عدو އެއްކަމުގައި ދެކޭށެވެ. އެސޮރު އެސޮރުގެ جماعة އަށް ފާފަކުރުމަށް- އަދި އުރެދުމަށް ގޮވާހަދަނީ އެމީހުންނަކީ ނަރަކައިގެ އަހުލުވެރިންކަމުގައި ލުމަށްޓަކައެވެ.
-
7
ٱلَّذِينَ كَفَرُوا۟ لَهُمْ عَذَابٌ شَدِيدٌ ۖ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ
ʹAllaẓeena kafaroo lahum ʻAẓaabuñ shadeed! Wallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lahum mag̣firatuñw waʹAjruñ kabeer.
(ﷲ އާއި رسول އާއަށް) ކާފަރުވީމީހުން ދަންނައެވެ. ހަމަކަށަވަރުން އެމީހުންނަށް ހުރީ ގަދަވެގެންވާ عذاب އެވެ. އަދި إيمان ވެގެން صالح عمل ތައް ކުރި މީހުން ދަންނައެވެ. އެމީހުންނަށް ހުރީ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމައެވެ.
-
8
أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًا ۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَٰتٍ ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَصْنَعُونَ
ʹAfamañ zuyyina lahoo soooʹu ʻamalihee faraʹaahu ḥasanaa? Faʹinnal laaha yuḍillu mañy yashaaaʹu wa-yahdee mañy yashaaaʹ. Falaa taẓhab nafsuka ʻalayhim ḥasaraat. ʹInnal laaha ʻAleemum bimaa yaṣnaʻoon!
އަޅެފަހެ އެމީހެއްގެ ނުބައި عمل ތައް އެއީ ރަނގަޅު عمل ތަކެއްކަމުގައި އެމީހަކުދެކެ އެކަން އޭނާއަށް ޒީނަތްތެރިވެއްޖެ މީހާއާއި (ތެދުމަގުގައިވާ ރަނގަޅު މީހާއާއި ދެމީހުން ހަމަހަމަވާނެ ހެއްޔެވެ؟) ނުވާނެކަންކަށަވަރެވެ. ފަހެ ހަމަކަށަވަރުން ﷲ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު މަގުފުރައްދަވައެވެ. (އެއީ އޭނާގެ މަގުފުރެދުން ﷲގެ أزلى ދެނެވޮޑިގަތުމުގައި އިސްވެގޮސްފައިވާތީއެވެ.) އެއީ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގުދައްކަވައެވެ. (އެއީ އޭނާގެ ތެދުމަގު ﷲގެ أزلى ދެނެވޮޑިގަތުމުގައި އިސްވެގޮސްފައިވާތީއެވެ.) އަދި އޭ رسول އާއެވެ. އެމީހުންގެ އެބަހީ ކާފަރުންގެ عمل ތަކާއިމެދު ހިތާމަކުރެއްވުމުގައި ކަލޭގެފާނުންގެ نفس ފުޅު ހަލާކުވިޔަނުދެއްވާށެވެ. ހަމަކަށަވަރުން އެމީހުން ކުރަމުންދާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.
-
9
وَٱللَّهُ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ فَتُثِيرُ سَحَابًا فَسُقْنَـٰهُ إِلَىٰ بَلَدٍ مَّيِّتٍ فَأَحْيَيْنَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ كَذَٰلِكَ ٱلنُّشُورُ
Wallaahul laẓeee ʹarsalar riyaaḥa fatus̤eeru saḥaabañ fasuq̣naahu ʹilaa baladim mayyitiñ faʹaḥyaynaa bihil ʹarda baʻda mawtihaa. Kaẓaalikan Nushoor!
އަދި ﷲ އީ އެކިގޮތްގޮތަށް ވައިޖައްސަވާ ބަދަލުކުރައްވާ ކަލާނގެއެވެ. ދެންފަހެ އެކަލާނގެ ވިލާތައް އެގޮތްމިގޮތަށް ތަންތަނަށް ގެންދަވައި ބަދަލުކުރައްވައެވެ. ދެންފަހެ ވާރޭނުވެހުމުގެ ސަބަބުން ބިންގަނޑު ހަނަފަސްވެ ގަސްނުފަޅާ އޮތް ރަށަކަށް ތިމަންރަސްކަލާނގެ އެފެނުން ވެއްސަވައިފިއްޔާ ދެން އެފެނުގެ ސަބަބުން އެރަށް މަރުވެއޮތުމަށްފަހު ދިރުއްވަމެވެ. ގަސްތައް ފަޅައިގެން ހެދިގަނެއެވެ. މީސްތަކުން މަރުވުމަށްފަހު مَحشر ކުރެއްވުމަށް ތިމަންރަސްކަލާނގެ ދިރުއްވަނީ އެފަދައިންނެވެ.
-
10
مَن كَانَ يُرِيدُ ٱلْعِزَّةَ فَلِلَّهِ ٱلْعِزَّةُ جَمِيعًا ۚ إِلَيْهِ يَصْعَدُ ٱلْكَلِمُ ٱلطَّيِّبُ وَٱلْعَمَلُ ٱلصَّـٰلِحُ يَرْفَعُهُۥ ۚ وَٱلَّذِينَ يَمْكُرُونَ ٱلسَّيِّـَٔاتِ لَهُمْ عَذَابٌ شَدِيدٌ ۖ وَمَكْرُ أُو۟لَـٰٓئِكَ هُوَ يَبُورُ
Mañ kaana yureedul ʻizzata falillahil ʻizzatu jameeʻaa. ʹIlayhi yaṣʻadul Kalimuṭ Ṭayyibu walʻAmaluṣ Ṣaaliḥu yarfaʻuh. Wallaẓeena yamkuroonas sayyiʹaati lahum ʻAẓaabuñ shadeed; wa-makru ʹulaaaʹika huwa yaboor.
ފަހެ عِزَّة އާއި މަތިވެރިކަން އެދޭ މީހަކުނަމަ ﷲ އަށް ކިޔަމަންތެރިވެގެން عِزَّة ތެރިކަން ހޯދާށެވެ. އެހެނީ އެންމެހައި عِزَّة އެއް خَاصَّ ވެގެންވަނީ ﷲ އަށެވެ. މާތްވެގެންވާ ބަސްތައް އަރައިގެންދަނީ އެކަލާނގެ حَضْرة އަށެވެ. (ﷲއަށް ކުރެވޭ އެންމެހައި ذِكر އަކާއި ހެޔޮ ޢަމަލްތަކާއި ކިޔެވުމާއި ހެޔޮކަންތަކަށް أمر ކުރުމާއި ނުބައިކަންތައް نَهِي ކުރެއްވުމާއި މިބާވަތުގެ އެންމެހައި ކަމެއް އަރައިގެންދާނީ ﷲގެ حَضْرة އަށެވެ. އަދި صالح عَمَل ތައް އެ މާތްވެގެންވާ ބަސްތައް މައްޗަށް އުފުލައެވެ. އެހެނީ صالح عمل އާ ނުލައި ހެޔޮ كلمة ތައް މައްޗަށް ނުއުފުލޭނެއެވެ. - އަދި ނުބައިކަންތައްތައް ކުރަމުން އަދި އެފަދަ ކަންތައްތައް ރާވަމުންދާ މީހުން ދަންނައެވެ. އެމީހުންނަށް ހުންނަހުށީ ގަދަ عذاب އެވެ. އަދި އެމީހުންގެ އެރޭވުންތަކާއި مكر ތަކަކީ ހަމަ باطلވެ ނެތިދާ އެއްޗެކެވެ.
-
11
وَٱللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَٰجًا ۚ وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَمَا يُعَمَّرُ مِن مُّعَمَّرٍ وَلَا يُنقَصُ مِنْ عُمُرِهِۦٓ إِلَّا فِى كِتَـٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
Wallaahu khalaq̣akum miñ turaabiñ s̤umma min nuṭfatiñ s̤umma jaʻalakum ʹazwaajaa. Wa-maa taḥmilu min ʹuñs̤aa. wa-laa taḍaʻu ʹillaa biʻilmih. Wa-maa yuʻammaru mim muʻammariñw walaa yuñq̣aṣu min ʻumuriheee ʹillaa fee Kitaab. ʹInna ẓaalika ʻalal laahi yaseer.
އަދި ﷲ ތަޢާލާ ވެލީން ކަލޭމެންގެ ބައްޕަކަމުގައިވާ آدَم عَلَيْهِ السَّلام ހެއްދެވިއެވެ. އަދި އޭގެ ފަހުގައި މަނިފޮދުވަރަކުން އެކަލާނގެ ކަލޭމެން ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެން ޖޯޑުޖޯޑަށް ލެއްވިއެވެ. (އެބަހީ ކަލޭމެންގެ ތެރެއިން އަންހެނުންނާއި ފިރިހެނުން ލައްވައި ދަރިފަސްކޮޅު އުފެދުމުގެ އިންތިޒާމްވެސް ލެއްވެވިއެވެ.) އަދި އަންހެން ޖިންސު މާބަނޑުގައި އުފުލާ ދަރިއެއްވިޔަސް އަދި ވިހާކުއްޖަކުވިޔަސް އެކުއްޖެއްގެ ފުރިހަމަ މަޢުލޫމާތު އެކަލާނގެ ދެނެވޮޑިގަތުމުގެ ދަށުންނާއި އެކަލާނގެ ތަދުބީރުކުރެއްވުމުގެދަށުން މެނުވީ ނުވެއެވެ. އަދި މީހަކު ޢުމުރު ދިގުވާ ދިގުވުންވެސް އަދި އަނެއްމީހާގެ ޢުމުރުން މަދުވެގެންދާ މިންވަރުވެސް ފޮތެއްގައި ލިޔެވި ނޯޓްކުރެވިގެންވާ މެނުވީ އެބަހީ لَوْحُ الْمَحْفُوْظ ގައި ލިޔެވިގެންވާ ކަމުގައި މެނުވީ ނުވެއެވެ. އަދި އެކަންތައްތައް އެގޮތަށް ހިންގެވުމަކީ ﷲ އަށް ދާދި ފަސޭހަކަމެކެވެ.
-
12
وَمَا يَسْتَوِى ٱلْبَحْرَانِ هَـٰذَا عَذْبٌ فُرَاتٌ سَآئِغٌ شَرَابُهُۥ وَهَـٰذَا مِلْحٌ أُجَاجٌ ۖ وَمِن كُلٍّ تَأْكُلُونَ لَحْمًا طَرِيًّا وَتَسْتَخْرِجُونَ حِلْيَةً تَلْبَسُونَهَا ۖ وَتَرَى ٱلْفُلْكَ فِيهِ مَوَاخِرَ لِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ
Wa-maa yastawil baḥraani haaẓaa ʻaẓbuñ furaatuñ saaaʹig̣uñ sharaabuhoo wa-haaẓaa milḥun ʹujaaj. Wa-miñ kulliñ taʹkuloona laḥmañ ṭariyyañw watastakhrijoona ḥilyatañ talbasoonahaa; wa-taral fulka feehi mawaakhira litabtag̣oo miñ Faḍlihee wa-laʻallakum tashkuroon.
އަދި ދެކަނޑު ހަމަހަމަވެގެން ނުވެއެވެ. އެއްކަނޑުމިއީ ފެން މީރުވެގެންވާ އަދި އެފެން ބޮއިލާ މީހާ މީރުކަމުން އެފެންފޮދު ދިރުވައިލަން ފަސޭހަ ފެނެކެވެ. އަނެއްކަނޑަކީ މިއީ ފެނުގެ ލޮނުރަހަ ގަދަވެގެންވާ ކަނޑެކެވެ. މި ދެކަނޑުން ކުރެ ކޮންމެ ކަނޑަކުންވެސް ތާޒާ މަސް ކަލޭމެން ކަމުއެވެ. އަދި ކަލޭމެން އަޅައިއުޅޭ ގަހަނާގެބާވަތްތައްވެސް (ރަން މުތާއި ޖަވާހިރާއި މިބާވަތުގެ އެންމެހައި ތަކެތިވެސް) އެކަނޑުން ކަލޭމެން ނެރެމުއެވެ. އަދި ދުވެފައިދާ ނައުދޯގުފަހަރު (އުޅަދުފަހަރު) މޮއިކަފައިލާފައި ދާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެނައުފަހަރު / ބޯޓުފަހަރު ވިޔަފާރިކަމުގައްޔާއި ދެންވެސް ދިރިއުޅުމުގެ އެކިއެކި ބޭނުންތަކުގައި ﷲ ގެ فضل ވަންތަކަން ހޯދުމަށްޓަކައި ދަތުރު ކުރެއެވެ. އެކަންތައްތައް އެހެންލައްވާފައިވަނީ ކަލޭމެން شكر ކުރުމަށްޓަކައެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ މިސާލެކެވެ.
-
13
يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۚ وَٱلَّذِينَ تَدْعُونَ مِن دُونِهِۦ مَا يَمْلِكُونَ مِن قِطْمِيرٍ
Yoolijul layla fin nahaari wa-yoolijun nahaara fil layli wa-sakhkharash shamsa wal-q̣amar: Kulluñy yajree liʹajalim musammaa. Ẓaalikumul laahu Rabbukum lahul Mulk. Wallaẓeena tadʻoona miñ doonihee maa- yamlikoona miñ q̣iṭmeer.
އަދި ދުވާލުގެ ތެރެއަށް އެކަލާނގެ ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައެވެ. އަދި އިރާއި ހަނދުވެސް އެކަލާނގެ ކިޔަމަން ކުރެއްވިއެވެ. އެދެ އެތިންކުރެ ކޮންމެ އެއްޗެއް އެއަށްކަނޑައެޅިގެންވާ فلك ގައި ކަނޑައެޅި عين ންވެގެންވާ މުއްދަތަކަށް ދުވެދުވެ ތިބެއެވެ. މިކަންތައްތައް މިހާފުރިހަމަކޮށް ބަރާބަރުކޮށް ހިމުންކޮށް ހައްދަވައި ހިންގަވަނީ އެއީ ﷲ އެވެ. އެއީ ކަލޭމެންގެ رب އެވެ. އެހެން އެއްވެސް މީހެއްނޫނެވެ. އެންމެހައިކަމެއްގެ މިލްކުވެރިކަން خاص ވެގެންވަނީ ހަމަ އެކަލާނގެ އަށެވެ. އެއެންމެހައި ކަމެއް އެކަލާނގެ އެދިވޮޑިގެންނެވި ފަދައަކުން ހިންގަވަމުން ގެންދަވައެވެ. އަދި އޭ مشرك ންނޭވެ ކަލޭމެން އެކަލާނގެ ފިޔަވައި އެތަކެއްޗަށް ތިޔަގޮވާ دعاء ކޮށްހަދާ ތަކެއްޗަށް އެބަހީ ބުދުތަކަށް قِطْمِيْر އެއްގެ މިންވަރުވެސް ލިބިގެން ނުވެއެވެ. قِطْمِيْر ގެ މާނަ ލިޔެވިގެން އިސްވެ ހިނގައްޖެއެވެ.
-
14
إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَـٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
ʹIñ tadʻoohum laa- yasmaʻoo duʻaaaʹakum. Wa-law samiʻoo mas tajaaboo lakum. Wa-Yawmal Q̣iyaamati yakfuroona bishirkikum. Wa-laa yunabbiʹuka mis̤lu khabeer.
(އޭ މުޝްރިކުންނޭވެ!) ކަލޭމެން އެތަކެއްޗަށް ގޮވާ دعاء ކުރިޔަސް އެތަކެތި ކަލޭމެންގެ دعاء ގެ އަޑުނާހާނެއެވެ. (އެހެނީ، އެއީ جَماد ތަކެއްޗެވެ. އެއަކަށް فَهَمُ ވުމެއްނުވެއެވެ.) އަދި މިސާލަކަށް އެތަކެތި އެއީ އަޑުއަހާ ތަކެތިކަމުގައި ނިންމިޔަސް ކަލޭމެންގެ دعاء އަކަށް އެތަކެތި ޖަވާބު ނުދޭނެއެވެ. އެއީ އެކަމަށް ނުކުޅެދޭތީއެވެ. އަދި قيامة ދުވަހުން އެތަކެއްޗަށް ކަލޭމެން ކުރި އަޅުކަމާ ދޭތެރޭ އިންކާރު ކުރާނެއެވެ. (އޭ رسول الله އެވެ!) ހުރިހާ ކަންތައްތަކުގެ خبر ދެނެވޮޑިގެންވާ ފަރާތުން ކަލޭގެފާނަށް خبر ދެއްވާގޮތަށް ހަމައެކަކުވެސް خبر ނުދޭނެއެވެ.
-
15
۞ يَـٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ
Yaaaʹayyuhan naasu ʹañtumul fuq̣araaaʹu ʹilal laah: wallaahu Huwal G̣aniyyul Ḥameed.
އޭ މީސްތަކުންނޭވެ! ކަލޭމެންނަކީ ﷲ ގެ حضرة އަށް އެކިކަންކަމަށް ބޭނުންވެގެންވާ މީހުންނެވެ. فقير ންނެވެ. ﷲ އީ އެކަލާނގެ ذات ފުޅައިގެން ފުދިވޮޑިގެންވާ އަދި އެކަލާނގެ إحسان ވަންތަކަމަށް حمد ލިބިވޮޑިގެންވާ ކަލާނގެއެވެ.
-
16
إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ
ʹIñy yashaʹ yuẓhibkum wa-yaʹti bi-Khalq̣iñ Jadeed.
އެކަލާނގެ އެދިވޮޑިގެންފީވިއްޔާ ކަލޭމެން ފަނާކުރައްވާ އެހެން خلق ތަކެއް ގެންނަވާފާނެއެވެ. (އެބަޔަކީ آدم ގެ ދަރީންކަމުގައިވެސް ވެދާނެއެވެ. އަދި އެހެން ޖިންސެއްގެ ބައެއްކަމުގައިވެސް ވެދާނެއެވެ.
-
17
وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍ
Wa-maa ẓaalika ʻalal laahi biʻazeez.
އަދި އެކަމަކީ ﷲ ގެ حضرةއަށް އުދަގޫވެބުރަވެގެންވާ ކަމަކަށް ނުވާނެއެވެ.
-
18
وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَىْءٌ وَلَوْ كَانَ ذَا قُرْبَىٰٓ ۗ إِنَّمَا تُنذِرُ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَأَقَامُوا۟ ٱلصَّلَوٰةَ ۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفْسِهِۦ ۚ وَإِلَى ٱللَّهِ ٱلْمَصِيرُ
Wa-laa taziru waaziratuñw wizra ʹukhraa. Wa-ʹiñ tadʻu mus̤q̣alatun ʹilaa ḥimlihaa laa- yuḥmal minhu shayʹuñw walaw kaana ẓaa q̣urbaa. ʹInnamaa tuñẓirul laẓeena yakhshawna Rabbahum̃ bilg̣aybi wa-ʹaq̣aamuṣ Ṣalaah. Wa-mañ tazakkaa faʹinnamaa yatazakkaa linafsih: wa-ʹilal laahil maṣeer.
އަދި އެއްވެސް ނަފްސެއް އަނެއްނަފްސެއްގެ ފާފަ ނުއުފުލާނެއެވެ. (އަދި ކިޔެއްހެއްޔެވެ؟ ކޮންމެ ނަފްސެއްވެސް އުފުލާނީ އެނަފްސެއްގެ ފާފައެވެ.) އަދި ފާފައިން ބަރުވެފައިވާ ނަފްސެއްގެ ފާފައިން ބައެއް އުފުލައިދިނުމަށް އެހެން ނަފްސެއްގެ ކިބައިން އެދުނަސް ކިތައްމެ ގާތްމީހަކު ކަމުގައިވިޔަސް އުފުލައި ނުދޭނެއެވެ. ކަލޭގެފާނުން ކުރައްވާ އިންޒާރުން އަދި ދެއްވާ نصيحة ން ފައިދާއެއްކުރާނޭކަން ކަށަވަރީ އެބައިމީހުންގެ ربّ އަށް غيب ގައި (ނުފެނި) ބިރުވެތިވާ މީހުންނެވެ. އަދި އެބައިމީހުންނީ ނަމާދު قائم ކުރާ މީހުންކަމުގައިވާ މީހުންނަށެވެ. އަދި ތިމާގެ ނަފްސު ފާފައިން طاهر ކޮށް صالح عمل ގިނައިން ކޮށްފިމީހާ އެނާ އެ طاهر ކުރީއޭނާގެ އަމިއްލަ ނަފްސެވެ. އޭގެ މަންފާ ހުންނާނީ އޭނާއަށެވެ. އަދި އެންމެހައި ކަމެއް އެބުރިދިޔުންވަނީ ﷲ ގެ حضرة އަށެވެ.
-
19
وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ
Wa-maa yastawil ʹaʻmaa wal-baṣeer;
،(20) އަދި ލޯއަދިރި މީހާއާއި ލޮލަށް ފެންނަ މިހާއާއި ހަމަހަމަވެގެންނުވެއެވެ. (އެބަހީ ކާފަރުމީހާއާއި މުއުމިނު މީހާއާއި ހަމަހަމަނުވާނެއެވެ.) އަދި އަދިރިކަމާއި އަލިކަން ހަމަހަމަނުވާނެއެވެ. (އެބަހީ باطل އާއި حق އާއި ހަމަހަމަނުވާނެއެވެ.)
-
20
وَلَا ٱلظُّلُمَـٰتُ وَلَا ٱلنُّورُ
Wa-laz̤̣ z̤̣ulumaatu wa-lan noor;
،(20) އަދި ލޯއަދިރި މީހާއާއި ލޮލަށް ފެންނަ މިހާއާއި ހަމަހަމަވެގެންނުވެއެވެ. (އެބަހީ ކާފަރުމީހާއާއި މުއުމިނު މީހާއާއި ހަމަހަމަނުވާނެއެވެ.) އަދި އަދިރިކަމާއި އަލިކަން ހަމަހަމަނުވާނެއެވެ. (އެބަހީ باطل އާއި حق އާއި ހަމަހަމަނުވާނެއެވެ.)
-
21
وَلَا ٱلظِّلُّ وَلَا ٱلْحَرُورُ
Wa-laz̤̣ z̤̣illu wa-lal ḥaroor:
،(22) އަދި ފިނިކަންދޭ ހިޔާގަނޑާއި ހޫނުކަން އެއްވަރުނުވާނެއެވެ. (އެބަހީ ثواب އާއި عقوبة ނުވަތަ ސުވަރުގެއާއި ނަރަކަ ހަމަހަމަނުވާނެއެވެ.) އަދި ދިރިތިބި މީހުންނާއި މަރުވެފައިވާމީހުން އެއްވަރު ނުވާނެއެވެ. (އެބަހީ، ކާފަރުންނާއި މުއުމިނުން ނުވަތަ عالم ންނާއި جَاهل ން އެއްވަރު ނުވާނެއެވެ.) ހަމަކަށަވަރުން ﷲ ތަޢާލާ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އިއްވަވައެވެ. (އަދި ކިޔަމަންތެރި ވުމަށް تَوْفِيْق ދެއްވައެވެ.) އަދި އެކަމަކު قَبْر ތަކުގައިވާ މީސްތަކުންނަށް އިއްވެވޭނޭ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. (ޔަޢުނީ، ހިތްތަށް ކާފަރުކަމުގެ ސަބަބުން މަރުވެފައިވާ މީސްތަކުންނަށް އެއިން ފައިދާކުރާފަދަ އިއްވުމަކުން އިއްވޭނެ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވެއެވެ.
-
22
وَمَا يَسْتَوِى ٱلْأَحْيَآءُ وَلَا ٱلْأَمْوَٰتُ ۚ إِنَّ ٱللَّهَ يُسْمِعُ مَن يَشَآءُ ۖ وَمَآ أَنتَ بِمُسْمِعٍ مَّن فِى ٱلْقُبُورِ
Wa-maa yastawil ʹaḥyaaaʹu wa-lal ʹamwaat. ʹInnal laaha yusmiʻu mañy yashaaaʹ; wa-maaa ʹañta bimusmiʻim mañ fil q̣uboor.
،(22) އަދި ފިނިކަންދޭ ހިޔާގަނޑާއި ހޫނުކަން އެއްވަރުނުވާނެއެވެ. (އެބަހީ ثواب އާއި عقوبة ނުވަތަ ސުވަރުގެއާއި ނަރަކަ ހަމަހަމަނުވާނެއެވެ.) އަދި ދިރިތިބި މީހުންނާއި މަރުވެފައިވާމީހުން އެއްވަރު ނުވާނެއެވެ. (އެބަހީ، ކާފަރުންނާއި މުއުމިނުން ނުވަތަ عالم ންނާއި جَاهل ން އެއްވަރު ނުވާނެއެވެ.) ހަމަކަށަވަރުން ﷲ ތަޢާލާ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އިއްވަވައެވެ. (އަދި ކިޔަމަންތެރި ވުމަށް تَوْفِيْق ދެއްވައެވެ.) އަދި އެކަމަކު قَبْر ތަކުގައިވާ މީސްތަކުންނަށް އިއްވެވޭނޭ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. (ޔަޢުނީ، ހިތްތަށް ކާފަރުކަމުގެ ސަބަބުން މަރުވެފައިވާ މީސްތަކުންނަށް އެއިން ފައިދާކުރާފަދަ އިއްވުމަކުން އިއްވޭނެ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވެއެވެ.
-
23
إِنْ أَنتَ إِلَّا نَذِيرٌ
ʹIn ʹañta ʹillaa naẓeer.
(އޭ رسول الله އެވެ!) ކަނޑައެޅިގެން رسول ކަން އިއްވަވާ އަދި تَبْلِيْغ ކުރައްވާ ބޭކަލަކު ކަމުގައި މެނުވީކަޅޭގެފާނު ނުވެއެވެ. (هِدَايَة ދެއްކެވުމާއި އަދި މަގު ފުރެއްދުމަކީ ހަމައެކަނި ﷲ އަށް ޚާއްސަވެގެންވާ ކަމެކެވެ.)
-
24
إِنَّآ أَرْسَلْنَـٰكَ بِٱلْحَقِّ بَشِيرًا وَنَذِيرًا ۚ وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ
ʹInnaaa ʹarsalnaaka bil-ḥaq̣q̣i basheerañw wanaẓeeraa: wa-ʹim min ʹummatin ʹillaa khalaa feehaa naẓeer.
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމާއިގެން ފޮނުއްވީ ޙައްޤު ގޮތުގައެވެ. އެއީ ކިޔަމަންތެރިކަމުގެ أَهْل ވެރިންނަށް އުފާވެރި ކަމުގެ ޚަބަރުދެއްވުމަށާއި އަދި ނުކިޔަމަންތެރި ކަމުގެ أَهْل ވެރިންނަށް އިންޒާރު ކުރެއްވުމަށެވެ. ބިރުވެރިކަމުގެ ޚަބަރު ދެއްވުމަށެވެ. އަދި އެއްވެސް އުންމަތެއް އެ އުންމަތަކަށް نَذِيْر އަކު ނުވާ - އެބަހީ رسول ބޭކަލަކުނުވަތަ نَبِيُّ އަކުނުވާ - އުންމަތެއް ވޭތިވެގެން ގޮސްފައި ނުވާނެއެވެ. އެބަހީ އިސްވެދިޔަ ކޮންމެ އުންމަތަކަށްވެސް نَذِيْر އަކު ފޮނުއްވީމެވެ.
-
25
وَإِن يُكَذِّبُوكَ فَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ وَبِٱلزُّبُرِ وَبِٱلْكِتَـٰبِ ٱلْمُنِيرِ
Wa-ʹiñy yukaẓẓibooka faq̣ad kaẓẓabal laẓeena miñ q̣ablihim: jaaaʹathum rusuluhum̃ bil-Bayyinaati wa-biz-Zuburi wa-bil-Kitaabil Muneer.
(އޭ رسول الله އެވެ!) މި މައްކާގެ މުޝްރިކުން ކަލޭގެފާނު ދޮގު ކުރިނަމަވެސް އެއަކީ އައުކަމެއްނޫނެވެ. އެމީހުންގެ ކުރީގެ މީހުން (އެބަހީ މައްކާގެ މީހުންގެ ކުރީގެ މީހުންވެސް) އެމީހުންގެ ގާތަށް އެވަޑައިގެންނެވި رَسُوْل ން ދޮގުކުރިއެވެ. އެމީހުންގެ ގާތަށް އެމީހުންގެ رَسُوْل ން ވަޑައިގެންނެވީ ބަޔާންވެގެންވާ ދަލީލުތަކާއިގެންނެވެ. އަދި صحف ތަކާއި ތެދުމަގަށް އަލިކޮށްދޭނޭ ފޮތްތަކާއިގެންނެވެ. (އޭގެތެރޭގައި إبراهيم ގެފާނުންނަށް ބާވައިލެއްވި صحف ތަކާއި موسى ގެފާނަށް ބާވައިލެއްވި توراة އާއި عيسى ގެފާނަށް ބާވައިލެއްވި إنجيل ވެއެވެ.)
-
26
ثُمَّ أَخَذْتُ ٱلَّذِينَ كَفَرُوا۟ ۖ فَكَيْفَ كَانَ نَكِيرِ
S̤umma ʹakhaẓtul laẓeena kafaroo fakayfa kaana nakeer.
ދެން އެމީހުން އީމާންނުވިހިނދުން އެكافر ވީމީސްތަކުން ތިމަންރަސްކަލާނގެ ހިތްޕަވައި ހަލާކުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ عقوبة އާއި عذاب އެމީހުންގެ މައްޗަށް އައީ ކޮންފަދައަކުން ހެއްޔެވެ؟ (مكة ގެ أهل ވެރިންވެސް މިއިން عبرة حاصل ކުރުން ހުއްޓެވެ.)
-
27
أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦ ثَمَرَٰتٍ مُّخْتَلِفًا أَلْوَٰنُهَا ۚ وَمِنَ ٱلْجِبَالِ جُدَدٌۢ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَٰنُهَا وَغَرَابِيبُ سُودٌ
ʹAlam tara ʹannal laaha ʹañzala minas samaaaʹi maaaʹaa? Faʹakhrajnaa bihee s̤amaraatim mukhtalifan ʹalwaanuhaa. Wa-minal jibaali judadum beeḍuñw waḥumrum mukhtalifun ʹalwaanuhaa wa-g̣araabeebu sood.
އަދި ﷲ تعالى އުޑުން ފެން ބާވައިލައްވާކަން ކަލޭގެފާނު ދެނެވަޑައިގެންނުވޭތޯއެވެ؟ ދެން އެފެނުން ތިމަންރަސްކަލާނގެ (ގަސް ފަޅުއްވައި ގަސްގަހުން) ތަފާތު ކުލަކުލައިގެ މޭވާ ނެރުއްވަމެވެ. އަދި ފަރުބަދަތަކުގެ ހިލައިގެ ތެރޭގައިވެސް (ހަށިގަނޑުގައި ނާރުތައް ދެމިފައިވާގޮތަށް) ހުދުކުލަޔާއި ރަތްކުލައިގެ ރޮނގުތަކާއި މަގުތައްވެއެވެ. އަދި ތަފާތު ކުލަކުލަވެއެވެ. އަދި ސީދާ ކަޅު ދިހުންކުލަ އަރާ ހިލަވެސްވެއެވެ. (މިހުރީ ހައްތަހާވެސް ﷲގެ ކުޅަދުންވަނަތަކަމުގެ ދަލީލެވެ.)
-
28
وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلْأَنْعَـٰمِ مُخْتَلِفٌ أَلْوَٰنُهُۥ كَذَٰلِكَ ۗ إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَـٰٓؤُا۟ ۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ
Wa-minan naasi waddawaaabbi wal-ʹanʻaami mukhtalifun ʹalwaanuhoo kaẓaalik. ʹInnamaa yakhshal laaha min ʻIbaadihil ʻulamaaaʹ: ʹinnal laaha ʻAzeezun G̣afoor.
އަދި މީސްތަކުންގެ ތެރޭގައްޔާއި އަދި ދިރޭތަކެއްޗާއި އަދި نعم ސޫފީގެ ތެރޭގައިވެސް ހަމައެފަދައިން ތަފާތުކުލައިގެ ތަކެތިވެއެވެ. (މިހުރީ ހައްތަހާވެސް ﷲގެ ކުޅަދުންވަނަތަކަމުގެ ދަލީލެވެ.) އަދި ހަމަކަށަވަރުން ﷲ އަށް ބިރުވެތިވާކަންކަށަވަރީ އެކަލާނގެ އަޅުތަކުން ކުރެން عالم ންނެވެ. (އެބަހީ އެކަލާނގެއީ ކޮންފަދަ މަތިވެރި ކުޅަދުންވަންތަ ފަރާތެއްކަން ދަންނަ عالم ންނެވެ. އީމާންނުވާ عالم ންނެއްނޫނެވެ. އީމާންނުވާ މީހުންނަށް شرعى ގޮތުން عالم ން ކިޔުން ހުއްދައެއްނޫނެވެ.) ހަމަކަށަވަރުން ﷲ އީ عزة ވަންތަ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.
-
29
إِنَّ ٱلَّذِينَ يَتْلُونَ كِتَـٰبَ ٱللَّهِ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَـٰرَةً لَّن تَبُورَ
ʹInnal laẓeena yatloona Kitaabal laahi wa-ʹaq̣aamuṣ Ṣalaata wa-ʹañfaq̣oo mimmaa razaq̣naahum sirrañw waʻalaaniyatañy yarjoona Tijaaratal lañ taboor:
ހަމަކަށަވަރުން ކީރިތި قُرْآن ޢާއްމު ގޮތެއްގައި ކިޔަވާމީސްތަކުން ދަންނައެވެ. އަދި އެމީހުން ނަމާދު ކޮށް އަދި އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ރިޒުޤުން ސިއްރާއި ފައުޅުގައި ހޭދަކޮށް صَدَ قَة ދީ ހަދާމީސްތަކުން އެމީހުން އެ އެދެނީ ހަލާކުވެގެންނުދާފަދަ އަދި ގެއްލުން ނުވާފަދަ ވިޔަފާރިއަކަށެވެ. އެއީ އެމީހުންގެ ކިޔަމަންތެރިކަމުގެ ثَوَابُ އެވެ.
-
30
لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِۦٓ ۚ إِنَّهُۥ غَفُورٌ شَكُورٌ
Liyuwaffiyahum ʹujoorahum wa-yazeedahum miñ Faḍlih: ʹinnahoo G̣afooruñ Shakoor.
އެއީ އެމީހުންގެ އުޖޫރަ އެކަލާނގެ ބަރާބަރު ކޮށްދެއްވުމަށެވެ. އަދި އެކަލާނގެ فَضْلُ ވަންތަވެރިކަމުން އެމީހުންނަށް އެއަށްވުރެވެސް އިތުރުކޮށްދެއްވުމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ އަދި އަޅުތަކުންގެ صَالِحُ عَمَلُ ތަކަށް ގިނަގިނައިން ޝުކުރުވެރިވެ ވޮޑިގަންނަވާ ކަލާނގެއެވެ.
-
31
وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ مِنَ ٱلْكِتَـٰبِ هُوَ ٱلْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ ۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرٌۢ بَصِيرٌ
Wallaẓeee ʹawḥaynaaa ʹilayka minal Kitaabi huwal Ḥaq̣q̣u muṣaddiq̣al limaa bayna yadayh: ʹinnal laaha biʻIbaadihee la-Khabeerum Baṣeer.
(އޭ رَسُولُ الله އެވެ!) މިކީރިތި قُرْآن ގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް މިބާވާތްލައްވަނީ ހަމަ حَقُّ އެވެ. އެފޮތުގެ ކުރީބާވާތްލެއްވި ފޮތްތަކާއި އެފޮތާއި مُوَافِقُ ވާނެއެވެ. އެއްގޮތްވާނެއެވެ. ހަމަކަށަވަރުން الله تَعَالَى އީއެކަލާނގެ އަޅުތަކުންގެ އެންމެހައި خَبَرُ ތައް ދެނެވޮޑިގެންވާ އަދި އަޅުތަކުންނާއިމެދު ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ.
-
32
ثُمَّ أَوْرَثْنَا ٱلْكِتَـٰبَ ٱلَّذِينَ ٱصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِۦ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌۢ بِٱلْخَيْرَٰتِ بِإِذْنِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ
S̤umma ʹawras̤nal Kitaabal laẓeenaṣ ṭafaynaa min ʻibaadinaa: faminhum z̤̣aalimul linafsih; wa-minhum muq̣taṣid; wa-minhum saabiq̣um bilkhayraati biʹiẓnil laah; ẓaalika huwal Faḍlul Kabeer.
ދެން ތިމަންރަސްކަލާނގެ މިކީރިތި قُرْآن ވާރުތަކޮށްދިނީ ތިމަން ރަސްކަލާނގެ އަޅުތަކުން ކުރެ ތިމަންރަސްކަލާނގެإِخْتِيَارُ ކުރައްވައި މާތްކުރެއްވި އަޅުންނަށެވެ. ފަހެ އެމީހުންގެ ތެރޭގައި ތިމާގެ އަމިއްލަ ނަފުސަށް އަނިޔާވެރިވާމީހުންވެއެވެ. (އެއީ تَوْحِيْدُ ގެ އަހުލުވެރިންކުރެ ބޮޑުފާފައިގެ އަހުލުވެރިންކަމުގައި ވިއެވެ.) އަދި އެމީހުންގެތެރޭގައި مُقْتَصِدُ ންވެއެވެ. (އެބަހީ فَرْضُ ތައް އަދާކޮށް އަދި ބޮޑުފާފަތަކުން ދުރުވެގެންވާ މީހުންނެވެ.) އަދި އެމީހުންގެތެރޭގައި ﷲ ގެ އިޒުނަފުޅަށް ހެޔޮކަންތަކުގައި އިސްވެގަތްމީހުންވެއެވެ. މިއުއްމަތުގެމީހުން މިތިންބަޔަށް ތިބޭނޭކަމުގައި ވެއެވެ. ނަމަވެސް މިކަމުގައި إِخْتِلآفُ ވެފައިވެއެވެ. ކޮންމެއަކަސް މިކަމަކީ ﷲ ގެ حَضْرَةُ ންވާބޮޑުفَضْلُ ވަންތަވެރިކަމެކެވެ.
-
33
جَنَّـٰتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ
Jannaatu ʻAdniñy yad-khuloonahaa yuḥallawna feehaa min ʹasaawira miñ ẓahabiñw waluʹluʹaa; wa-libaa-suhum feehaa ḥareer.
قَائِمُ ވެތިބޭ ސުވަރުގެތަކަށް އެބައިމީހުން ވައްދަވާނެއެވެ. އަދި އެތާގައި އެމީހުން ރަނާއި ރަންމުތުގެ އުޅައިތައް އަޅާނެއެވެ. ގަހަނާތައް އަޅާނެއެވެ. އަދިއެތާގައި އެމީހުންގެ ފޭރާމަކީ ފަށުވިފޭރާމެވެ.
-
34
وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَذْهَبَ عَنَّا ٱلْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ
Wa-q̣aalul Ḥamdu lillaahil laẓeee ʹaẓhaba ʻannal ḥazan: ʹinna Rabbanaa la-G̣afooruñ Shakoor:
އަދި އެމީހުން ދަންނަވާނެއެވެ. އެންމެހައި حَمْدُ އާއި ثَنَاء އެއްހުރީ الله އަށެވެ. އެކަލާނގެއީ އަޅަމެނެގެ ކިބައިން އެންމެހައި ހިތާމައެއްގެންދަވައި ފިއްލެވި ކަލާނގެއެވެ. ހަމަކަށަވަރުން އަޅަމެންގެ رَبُّ އަކީ ގިނަގިނައިން ފާފަ ފުއްސަވާ އަދި އަޅުތަކުންގެ صَالِحُ عَمَلُ ތަކަށް ޝުކުރުވެރިވެ ވޮޑިގެންވާ ކަލާނގެ އެވެ.
-
35
ٱلَّذِىٓ أَحَلَّنَا دَارَ ٱلْمُقَامَةِ مِن فَضْلِهِۦ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ
ʹAllaẓeee ʹaḥallanaa Daaral muq̣aamati miñ Faḍlih: laa- yamassunaa feehaa naṣabuñw walaa yamassunaa feehaa lug̣oob.
އެކަލާނގެއީ قَائِمُ ތިބޭ މިގޮވަތީގައި އަޅަމެން ޤާއިމު ކުރައްވައި ވަޒަންވެރި ކުރެއްވި ކަލާނގެއެވެ. އެއީ އެކަލާނގެ فَضْلُ ވަންތަވެރިކަމުންނާއި އޯގާވަންތަވެރި ކަމުންނެވެ. އަދި އެސުވަރުގޭގައި އަޅަމެންނަށް އެއްވެސް މަސައްކަތެއް އަދި ބުރަކަމެއްވިޔަސް އަދި ވަރުބަލިވެ ކަންނެތްވުމެއްވެސްނުވެއެވެ.
-
36
وَٱلَّذِينَ كَفَرُوا۟ لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا۟ وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِى كُلَّ كَفُورٍ
Wallaẓeena kafaroo lahum Naaru Jahannam; laa- yuq̣ḍaa ʻalayhim fayamootoo wa-laa yukhaffafu ʻanhum min ʻAẓaabihaa. Kaẓaalika najzee kulla kafoor!
އަދި ކާފަރުވީ މީސްތަކުން ދަންނައެވެ. އެމީހުންނަށް قيامة ދުވަހުން ހުރީ ހަމަ ނަރަކައިގެ އަލިފާނެވެ. عذاب އެވެ. އެމީހުންގެ މައްޗަށް މަރުވުމަށް ނިޔާ ނުވެވޭނެއެވެ. މަރުވާނީވެސް އެހެންނަމަތާއެވެ. އަދި އެމީހުންނަށް އެ ނަރަކައިގެ عذاب ލުއިވެސް ނުވެވޭނެއެވެ. (އަދި ކިޔެއްހެއްޔެވެ؟ އެމީހުން ނަރަކައިގެ ގަދަ عذاب ގައި މަރުވުމެއްނެތި ދެމިތިބޭހުއްޓެވެ. (اَاللَّهُمَّ أَجِرْنَا مِنَ النَّارِ. آمين) އަދި ކާފަރުކަމުގައި ދެމިހުރެއްޖެ ކޮންމެ މީހަކަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
-
37
وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَـٰلِحًا غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ ۖ فَذُوقُوا۟ فَمَا لِلظَّـٰلِمِينَ مِن نَّصِيرٍ
Wa-hum yaṣṭarikhoona feehaa: Rabbanaaa ʹakhrijnaa naʻmal ṣaaliḥan g̣ayral laẓee kunnaa naʻmal! ʹA-walamnu ʻammirkum maa yataẓakkaru feehi mañ taẓakkara wa-jaaaʹakumun naẓeer. Faẓooq̣oo famaa liz̤̣z̤̣aalimeena min naṣeer.
އަދި އެމީހުން އެނަރަކައިގައި ތިބެގެން ސަލާމަތަށް އެދި ހަޅޭއްލަވާ ގޮވާނެއެވެ. އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން صالح عمل ކުރުމަށްޓަކައި - يعني ކުރިން ކުރިވިޔާ ނުދާ ނުބައި عمل ފިޔަވައި صالح عمل ކުރުމަށްޓަކައި އަޅަމެން މިތަނުން ނެރެދެއްވާށެވެ! (އޭގެ ޖަވާބުގައި ﷲ އަންގަވާނެއެވެ.) ذكر ކޮށް نصيحة ލިބިގަންނާނޭ މީހަކު ذكر ކޮށް نصيحة ލިބިގަތުމަށްޓަކައި ކަލޭމެންނަށް ފަހެ ތިމަން ރަސްކަލާނގެ عمر ނުދެއްވަން ހެއްޔެވެ؟ (އެބަހީ، އެހާ ވަރަށް عمر ދެއްވީމެވެ.) ފަހެ ކަލޭމެން މިއަދު ނަރަކައިގެ عذاب ގެ ރަހަ ލިބިގަންނާށެވެ. އަދި އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް މީހަކު މިއަދަކުނުވެއެވެ.
-
38
إِنَّ ٱللَّهَ عَـٰلِمُ غَيْبِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ
ʹInnal laaha ʻAalimu g̣aybis samaawaati wal-ʹard: ʹInnahoo ʻAleemum biẓaatiṣ ṣudoor.
ހަމަކަށަވަރުން ﷲ تعالى އީ އުޑުތަކާއި ބިމުގެ غيب ދެނެވޮޑިގެންވާ ކަލާނގެއެވެ. ހަމަކަށަވަރުން ހިތްތަކުގެ ތެރޭގައިވާ އެންމެހައި خيال ތަކެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.
-
39
هُوَ ٱلَّذِى جَعَلَكُمْ خَلَـٰٓئِفَ فِى ٱلْأَرْضِ ۚ فَمَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَلَا يَزِيدُ ٱلْكَـٰفِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلَّا مَقْتًا ۖ وَلَا يَزِيدُ ٱلْكَـٰفِرِينَ كُفْرُهُمْ إِلَّا خَسَارًا
Huwal laẓee jaʻalakum khalaaaʹifa fil ʹarḍ: famañ kafara faʻalayhi kufruh: wa-laa yazeedul kaafireena kufruhum ʻiñda Rabbihim ʹillaa maq̣taa: wa-laa yazeedul kaafireena kufruhum ʹillaa khasaaraa.
އެކަލާނގެއީ ކަލޭމެންގެ ކުރީގައިވާ أمة ގެ ފަހަށް އަންނަބަޔަކު ކަމުގައި ކަލޭމެން ލެއްވި ރަސްކަލާނގެއެވެ. ފަހެ ކަލޭމެން ކުރެ މިބޮޑު نعمة އަށް ކާފަރުވެއްޖެ މީހާ ދަންނައެވެ. އޭނާގެ އެ ކާފަރުކަމުގެ ފާފަޔާއި ނުބައިހުންނާނީ ހަމަ އެނާގެ نفس ގެ މައްޗަށެވެ. އަދި ކާފަރުންގެ އެ ކާފަރުކަން އެމީހުންނަށް ﷲ ގެ حضرة ގައި ކޯފާ މެނުވީ އިތުރު ނުކޮށްދެއެވެ. އަދި ކާފަރުންގެ ކާފަރުކަން އެމީހުންނަށް ގެއްލުމާއި ހަލާކު މެނުވީ އިތުރުނޮކޮށްދެއެވެ.
-
40
قُلْ أَرَءَيْتُمْ شُرَكَآءَكُمُ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَـٰوَٰتِ أَمْ ءَاتَيْنَـٰهُمْ كِتَـٰبًا فَهُمْ عَلَىٰ بَيِّنَتٍ مِّنْهُ ۚ بَلْ إِن يَعِدُ ٱلظَّـٰلِمُونَ بَعْضُهُم بَعْضًا إِلَّا غُرُورًا
Q̣ul ʹaraʹaytum shurakaaaʹakumul laẓeena tadʻoona miñ doonil laah? ʹAroonee maaẓaa khalaq̣oo minal ʹarḍi ʹam lahum shirkuñ fis samaawaat? ʹAm ʹaataynaahum Kitaabañ fahum ʻalaa Bayyinatim minh?― Bal ʹiñy yaʻiduz̤̣ z̤̣aalimoona baʻḍuhum̃ baʻḍan ʹillaa g̣urooraa.
(އޭ رسول الله އެވެ.) ކަލޭގެފާނު (އެ مشرك ންނަށް) ވިދާޅުވާށެވެ. ﷲ ފިޔަވައި ކަލޭމެން އެފަރާތް ތަކަށް ގޮވާ دعاء ކޮށް އަޅުކަން ކޮށްހަދާ ކަލޭމެންގެ شريك ންތަކާއިމެދު ކަލޭމެން ނިކަން ތިމަންފާނަށް خبر ދީބަލާށެވެ. އެތަކެތި يعني އެބުދުތައް ބިމުން އުފެއްދި އެއްޗެއް ނިކަން ތިމަން ކަލޭގެފާނަށް ދައްކައިބަލާށެވެ! އެތަކެތި ހެއްދެވި އެއްޗެއް ބިމުގައި ހުރިއްޔާ ދައްކައިބަލާށެވެ! (ނެތެވެ.) ނުވަތަ އުޑުތައް ﷲ ހެއްދެވިއިރު އެކަމުގައި އެތަކެތި ﷲ އާއިއެކު ބައިވެރިވެ އެކަލާނގެއާއި އެހީވެ حصّة އެއް ނެގީ ހެއްޔެވެ؟ (އެހެންވެސްނޫނެވެ.) ނުވަތަ ތިމަންރަސްކަލާނގެއާއި شريك އެއްވާ ކަމުގައި ލިޔެވި ބަޔާންވެގެންވާ ފޮތެއް ތިމަންރަސްކަލާނގެ އެމީހުންނަށް ދިނީހެއްޔެވެ؟ (އޭގެ މައްޗަށް ބުރަވެ ތިބޭނީ އެހެންނަމަތާއެވެ.) އަދި ކިޔެއްހެއްޔެވެ؟ މިއިން އެއްވެސް ކަމެއް ވީއެއްނޫނެވެ. އަނިޔާވެރި مشرك ން އެއްބަޔަކު އަނެއްބަޔަކަށް ހަމަ ހެއްލުންތެރިކަމެއް މެނުވީ وعد ނުކުރެއެވެ.
-
41
۞ إِنَّ ٱللَّهَ يُمْسِكُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَآ إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّنۢ بَعْدِهِۦٓ ۚ إِنَّهُۥ كَانَ حَلِيمًا غَفُورًا
ʹInnal laaha yumsikus samaawaati wal-ʹarḍa ʹañ tazoolaa: wa-laʹiñ zaalataaa ʹin ʹamsakahumaa min ʹaḥadim mim baʻdih: ʹinnahoo kaana Ḥaleeman G̣afooraa!
ހަމަކަށަވަރުން އުޑުތަކާއި ބިން حركاة ކޮށް ހެލުނަނުދީ އަދި ވެއްޓުނަނުދީ ހިފަހައްޓަވަނީ ﷲ އެވެ. އަދި އެދެތަން حركاة ކޮށް ވެއްޓުނަސް އެކަލާނގެ ފިޔަވައި ހަމަ އެކަކުވެސް އެދެތަން ނުހިފައްޓާނެއެވެ. ހިފެހެއްޓޭނެ އެކަކުވެސް ނުވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ އަވަހަށް عقوبة ނުދެއްވާ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.
-
42
وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِن جَآءَهُمْ نَذِيرٌ لَّيَكُونُنَّ أَهْدَىٰ مِنْ إِحْدَى ٱلْأُمَمِ ۖ فَلَمَّا جَآءَهُمْ نَذِيرٌ مَّا زَادَهُمْ إِلَّا نُفُورًا
Wa-ʹaq̣samoo billaahi jahda ʹaymaanihim laʹiñ jaaaʹahum naẓeerul layakoonunna ʹahdaa min ʹiḥdal ʹUmami falammaa jaaaʹahum naẓeerum maa zaadahum ʹillaa nufooraa,―
އަދި އެބައިމީހުން ގަދަޔަށް ހުވާކޮށްފައި ބުނެއެވެ. އެބައިމީހުންގެ ކައިރިޔަށް نذير އަކު އަތުވެއްޖެއްޔާ يعني رسول ބޭކަލަކު ވަޑައިގެންފިއްޔާ އިސްވެދިޔަ أمة ތަކަށްވުރެ އެބަހީ، يهودي އިންނާއި نصارى އިންނަށްވުރެ ތެދުމަގުގައި އެމީހުންވާނެއެވެ. (އެބަހީ، އިސްވެދިޔަ މީހުން ފަދައިން رسول ބޭކަލުން ދޮގުކޮށް ކާފަރު ނުވާނެކަމަށެވެ.) ދެން ފަހެ އެބައިމީހުންގެ ގާތަށް رسول ބޭކަލަކު ވަޑައިގެން ހިނދުން އެބަހީ، محمد ﷺ ވަޑައިގެންނެވި ހިނދުން ދެކޮޅުވެރިކަމާއި ނުކިޔަމަންތެރިކަން މެނުވީ އެމީހުން އިތުރުނުވިއެވެ.
-
43
ٱسْتِكْبَارًا فِى ٱلْأَرْضِ وَمَكْرَ ٱلسَّيِّئِ ۚ وَلَا يَحِيقُ ٱلْمَكْرُ ٱلسَّيِّئُ إِلَّا بِأَهْلِهِۦ ۚ فَهَلْ يَنظُرُونَ إِلَّا سُنَّتَ ٱلْأَوَّلِينَ ۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبْدِيلًا ۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحْوِيلًا
ʹIstikbaarañ fil ʹarḍi wa-makras Sayyiʹ. Wa-laa yaḥeeq̣ul makrus Sayyiʹu ʹillaa biʹahlih. Fahal yañz̤̣uroona ʹillaa sunnatal ʹawwaleen? Falañ tajida li-Sunnatil laahi tabdeelaa: wa-lañ tajida li-Sunnatil laahi taḥweelaa.
އެއީ ބިމުގައި ބޮޑާވެ ކިބުރުވެރިވެގަތުމުގެ ގޮތުންނާއި އަދި ނުބައި ރޭވުމާއި މަކަރު ހެދުމުގެ ގޮތުންނެވެ. އަދި ނުބައިރޭވުމާއި މަކަރުގެ ނުބައިކަން އޭގެ أهل ވެރިންނަށް މެނުވީ ނުޖެހެއެވެ. އެމީހުން ފަހެ އެބަހީ، مكة ގެ مشرك ން އެ އިންތިޒާރުކުރަނީ އިސްވެ ދިޔަ أمة ތަކުގެ މީހުންނަށްވީގޮތަށް ވުމަށްކަމުގައި މެނުވީ އެބަވޭހެއްޔެވެ؟ (އެއީ رسول ބޭކަލުން ދޮގުކުރުމުގެ ސަބަބުން عذاب އައުމެވެ.) އެއީ ﷲ ގެ سنّة އެވެ. އެކަލާނގެ ކަންތައް ގެންދަވާގޮތެވެ. އަދި ﷲގެ އެ أصول އަށް އެއްވެސް ބަދަލެއް އަންނަތަން ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. އަދި ﷲގެ އެގޮތަށް އެނޫންގޮތެއްވެ ބަދަލުވާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. (އެގޮތަކީ، رسول ބޭކަލުން ދޮގުކޮށް إيمان ނުވި ބައެއްގެ މައްޗަށް އެންމެ ފަހުން عذاب ފޮނުއްވުމެވެ.)
-
44
أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ وَكَانُوٓا۟ أَشَدَّ مِنْهُمْ قُوَّةً ۚ وَمَا كَانَ ٱللَّهُ لِيُعْجِزَهُۥ مِن شَىْءٍ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ ۚ إِنَّهُۥ كَانَ عَلِيمًا قَدِيرًا
ʹAwalam yaseeroo fil ʹarḍi fayañz̤̣uroo kayfa kaana ʻAaq̣ibatul laẓeena miñ q̣ablihim wa-kaanooo ʹashadda minhum q̣uwwah? Wa-maa kaanal laahu liyuʻjizahoo miñ shayʹiñ fis samaawaati wa-laa fil ʹarḍ: ʹinnahoo kaana ʻAleemañ Q̣adeeraa.
އެބައިމީހުން އެބަހީ مكة ގެ مشرك ން- އެމީހުން ބިމުގެ އެތައްމިތާ ދަތުރުފަތުރުކޮށް އެމީހުންގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންގެ يعني رسول ބޭކަލުން ދޮގުކުރި މީހުންގެ ނިމުން ހުރިގޮތާއިމެދު فكر ކޮށްބަލައި އެއިން عبرة އެއް حاصل ނުކުރާނޭބާވައެވެ. ފަހެ ކުރިން އިސްވެދިޔަ أمة ތަކުގެ މީސްތަކުންވީ މިމީހުންނަށްވުރެ ބާރުގެގޮތުން މާގަދަކަމުގައެވެ. (އެހެންނަމަވެސް رسول ބޭކެލުން ދޮގުކޮށް ﷲ އަށް إيمان ނުވި ހިނދުން ﷲ އެމީހުން ހަލާކު ކުރެއެވީއެވެ. އޭގެ އަސަރުތައް މިމީހުން ދަތުރުފަތުރުކޮށް ގޮސްއައިސްވާ ހިސާބުން ފެންނަންވެސް ހުންނާނެއެވެ. އެބާރުގަދަ މީހުންނަށްވެސް ﷲ ނުކުޅައްދައެއްނުލެއްވުނެވެ. އުޑުތަކާއި ބިމުގެ އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއްވިޔަސް ﷲ ނުކުޅައްދައެއް ނުލެވޭނެއެވެ. ކޮންމެ ކަމަކަށްވެސް ﷲ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ އަދި ކުޅަދުންވަންތަ ކަލާނގެއެވެ.
-
45
وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُوا۟ مَا تَرَكَ عَلَىٰ ظَهْرِهَا مِن دَآبَّةٍ وَلَـٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى ۖ فَإِذَا جَآءَ أَجَلُهُمْ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرًۢا
Wa-law yuʹaakhiẓul laahun naasa bimaa kasaboo maa- taraka ʻalaa z̤̣ahrihaa miñ daaabbatiñw walaakiñy yuʹakhkhiruhum ʹilaaa ʹajalim musammaa: Faʹiẓaa jaaaʹa ʹAjaluhum faʹinnal laaha kaana biʻibaadihee Baṣeeraa.
މީސްތަކުން ކުރާ ނުބައި ކަންތަކުގެ ސަބަބުން ކުއްލިއަކަށް ﷲ އެމީހުން ހިތްޕަވާނެނަމަ ހަލާކުކުރައްވާނެނަމަ މިބިމުގެ މަތީގައި އެއްވެސް ދިރޭ އެއްޗެއް ނުބަހައްޓަވައި އެކަލާނގެ އެންމެހައި ތަކެތި ހަލާކު ކުރައްވައިފީހެވެ. ނަމަވެސް އެއެންމެން (ފާފަކުރުމާ އެކުވެސް) ނުމަރުއްވައި ބައިތިއްބަވާފައި އެވަނީ ކަނޑައެޅި عَيَّنْ ވެގެންވާ މުއްދަތަކަށެވެ. އެއީ قيامة ދުވަސް އައުމެވެ. އެ مدت ހަމަހަމަވުން- އެކަލާނގެ އެންމެހައި އަޅުތަކުންނަށް ބައްލަވައިވޮޑިގެންވާ ކަލަކުކަމުގައި ވާނެއެވެ. (އެބަހީ ثواب އާއި ދަރުމަ حق ވީ ބަޔަކާއި عذاب އާއި ކޯފާ حق ވީބަޔަކު އެކަލާނގެ ވަކިކުރައްވައި فيصلة ކުރައްވައި جزاء ދެއްވާހުއްޓެވެ.) والحمد لله...