-
1
الٓمٓ
ʹAlif-Laaam-Meeem.
الم މިއަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.
-
2
غُلِبَتِ ٱلرُّومُ
G̣ulibatir Room.
رومى ންގެމީހުން ބަލިވެއްޖެއެވެ. (رومى ން ފާރިސީންގެ އަތުން ބަލިވެއްޖެއެވެ.
-
3
فِىٓ أَدْنَى ٱلْأَرْضِ وَهُم مِّنۢ بَعْدِ غَلَبِهِمْ سَيَغْلِبُونَ
Feee ʹadnal ʹarḍi wa-hum mim baʻdi g̣alabihim sayag̣liboon.
އެއީ شام ކަރައިގެ ބިމުން فارسى ންގެ ބިމާއި އެންމެގާތުގައެވެ. އަދި އެމީހުން ބަލިވުމަށްފަހު ނިކަންހުރެ ގަދަވާހުއްޓެވެ.
-
4
فِى بِضْعِ سِنِينَ ۗ لِلَّهِ ٱلْأَمْرُ مِن قَبْلُ وَمِنۢ بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ ٱلْمُؤْمِنُونَ
Fee biḍʻi sineen. Lillaahil ʹAmru miñ q̣ablu wa-mim baʻd: Wa-yawmaʹiẓiñy yafraḥul Muʹminoon.
އެއީ ތިންއަހަރާއި ނުވައަހަރާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. فارسى ން ގަދަވުމުގެ ކުރިންވެސް އަދި އޭގެފަހުންވެސް ކަމުގެ މޫލަވެރިކަންވަނީ ހަމަ ﷲ އަށެވެ. (އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ކަންތައް ގެންދަވައެވެ.) އަދި އެދުވަހުން އެބަހީ: رومى ން ގަދަވާދުވަހުން - مؤمن ން އުފާކުރާނެއެވެ.
-
5
بِنَصْرِ ٱللَّهِ ۚ يَنصُرُ مَن يَشَآءُ ۖ وَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Binaṣril laah. Yañṣuru mañy yashaaaʹ: wa-Huwal ʻAzeezur Raḥeem.
އެމީހުން އުފާކުރާނީ ﷲ ގެ نصر ގެ ސަބަބުންނެވެ. (އެއީ سَمَاوى ފޮތެއްގެ أهل ވެރިބަޔަކަށް نصر ލިބުނީމައެވެ. مؤمن ންނަކީވެސް سَمَاوِي ފޮތުގެ أهل ވެރިންނެވެ. فارسى ންނަކީ އަލިފާނަށް އަޅުކަންކުރާ مشرك ންނެވެ.) ﷲ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް نصر ދެއްވައެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަ رحيم ވަންތަ ކަލާނގެއެވެ.
-
6
وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ وَعْدَهُۥ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Waʻdal laah. Laaʹ yukhliful laahu waʻdahu wa-laakinna ʹaks̤aran naasi laa- yaʻlamoon.
އެއީ ﷲ ގެ وعد ފުޅެވެ. (އެބަހީ: ފާރިސީންގެ މައްޗަށް رومى ން ގަދަވުމަކީ ﷲ ގެ وعد ފުޅެކެވެ.) ﷲ އެކަލާނގެ وعد އާއި خلاف ވެވޮޑި ނުގަންނަވާ ހުއްޓެވެ. އެހެނެއްކަމަކު ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.
-
7
يَعْلَمُونَ ظَـٰهِرًا مِّنَ ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ عَنِ ٱلْـَٔاخِرَةِ هُمْ غَـٰفِلُونَ
Yaʻlamoona z̤̣aahiram minal ḥayaatid dunyaa wa-hum ʻanil ʹAakirati hum g̣aafiloon.
އެމީހުންނަށް އެނގެނީ - އެބަހީ: މިއުޅޭ مشرك ންނަށް އެނގެނީ - މިދުނިޔޭގެ حياة ގެ ބޭރުފުށުން ތަންކޮޅެކެވެ. އަދި އެމީހުން އެވަނީ آخرة އާއިމެދު މުޅިން غافل ވެގެންނެވެ. ތަނެއްދޮރެއް ނޭނގިއެވެ.
-
8
أَوَلَمْ يَتَفَكَّرُوا۟ فِىٓ أَنفُسِهِم ۗ مَّا خَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى ۗ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ بِلِقَآئِ رَبِّهِمْ لَكَـٰفِرُونَ
ʹAwalam yatafakkaroo feee ʹañfusihim? Maa- khalaq̣al laahus samaawaati wal-ʹarḍa wa-maa baynahumaaa ʹillaa bil-ḥaq̣q̣i wa-ʹajalim musammaa: wa-ʹinna kas̤eeram minan naasi biliq̣aaaʹi Rabbihim lakaafiroon!
އެމީހުން ފަހެ އެމީހުންގެ نفس ތަކަށް ވިސްނާ فكر ކޮށް ނުހަދަނީބާވައެވެ؟ އެމީހުންގެ نفس ތަކުގައި ލައްވާފައިވާ عجائب ތަކާއި ސިއްރުތަކަށް ވިސްނާ فكر ކޮށް عبرة އެއް حاصل ކުރާނަމަ قيامة ދުވަހަށް إنكار އެއް ނުކުރީހެވެ. އެހެނީ އެހާ ފުރިހަމަކޮށް އިންސާނާ ހައްދަވައި އޭނާ ބަލަހައްޓަވާ ފަރާތަކަށް އޭނާ މަރުއްވައި ދެވަނަފަހަރަށް ދިރުއްވައި محشر އަށް ފޮނުއްވުން އެއްވެސްގޮތަކުން ދަތިނުވާނޭ ރަނގަޅަށް އެނގޭނެއެވެ. އަދި ހަމަ عدل ވެރި حقّ ގޮތުގައި މެނުވީ ﷲ تعالى އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާ ތަކެތި ހައްދަވާފައި ނުވެއެވެ. އަދި އެއީ ކަނޑައެޅި عيّن ވެގެންވާ ވަކި މުއްދަތަކަށެވެ. އެއީ قيامة ދުވަސް އަންނާންދެންނެވެ. އަދި ހަމަކަށަވަރުން މީސްތަކުން ތެރެއިން ގިނަބަޔަކުވަނީ އެބައިމީހުންގެ ربّ އާއި ބައްދަލުވުމާއިމެދު ދެކޮޅުހަދާ އިންކާރުކުރުމުގައެވެ. ކަނޑައެޅިގެން އެކަމަށް ކާފަރުވެގެންނެވެ.
-
9
أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓا۟ أَشَدَّ مِنْهُمْ قُوَّةً وَأَثَارُوا۟ ٱلْأَرْضَ وَعَمَرُوهَآ أَكْثَرَ مِمَّا عَمَرُوهَا وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ ۖ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ
ʹAwalam yaseeroo fil ʹarḍi fayañz̤̣uroo kayfa kaana ʻAaq̣ibatul laẓeena miñ q̣ablihim? Kaanooo ʹashadda minhum q̣uwwatañw waʹas̤aarul ʹarḍa wa-ʻamaroohaaa ʹaks̤ara mimmaa ʻamaroohaa wa-jaaaʹathum rusuluhum̃ bil-Bayyinaat: famaa kaanal laahu liyaz̤̣limahum wa-laakiñ kaanooo ʹañfusahum yaz̤̣limoon.
އެމީހުން ފަހެ ބިންމަތީ ދަތުރުފަތުރުކޮށް ހިނގާބިނގާވެ ނުހަދަނީބާވައެވެ؟ އަދި އެބައިމީހުންގެ ކުރީގައި އުޅުނު އެބާވަތުގެ މީހުންގެ ނިމުން ހުރީ ކޮންފަދައަކުންތޯ ނިކަން ބަލައިބަލާށެވެ! އެމީހުންވީ މިހާރު މިތިބަ މީހުންނަށްވުރެ ބާރުގެގޮތުން މާގަދަ އަދި ދުނިޔޭގައި އުޅުމުގެ އަސަރުތައް ބިންމަތީގައި މާވަރުގަދަ ބަޔަކުކަމުގައެވެ. އަދި މިމީހުން ބިމުގައި عمارة ކޮށް ގެދޮރު ހެދި ވަރަށްވުރެ އެމީހުން ކުރި عمارة ތައް މާހަރުދަނާވެފައި މޮޅެވެ. އަދި އެމީހުންގެ ގާތަށްވެސް އެމީހުންގެ رسول ބޭކަލުން بيان ވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވިއެވެ. ދެންފަހެ ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިގަތީއެއްނޫނެވެ. އަދި އެހެނެއްކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس އަށް އަނިޔާވެރިވީ ބަޔަކުކަމުގައެވެ. އެމީހުން ﷲ އާއި رسول އާ ދޮގުކުރުމުގެ ސަބަބުން ހަލާކުވެގެން ދިޔައީއެވެ. ﷲ އެމީހުނަށް އެކިބާވަތުގެ عذاب ފޮނުއްވައި ހަލާކު ކުރެއްވީއެވެ. ކަލޭމެން އެބާވަތުގެ ކަންކަމުން عبرة حاصل ކުރުމަށް އެފަދަ އެންމެހައި ވާހަކަތައް އެކަލާނގެ ކަލޭމެނަށް އަންގައެވެ.
-
10
ثُمَّ كَانَ عَـٰقِبَةَ ٱلَّذِينَ أَسَـٰٓـُٔوا۟ ٱلسُّوٓأَىٰٓ أَن كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ وَكَانُوا۟ بِهَا يَسْتَهْزِءُونَ
S̤umma kaana ʻAaq̣ibatal laẓeena ʹasaaaʹus soooʹaaa ʹañ kaẓẓaboo biʹAayaatil laahi wa-kaanoo bihaa yastahziʹoon.
ދެން އެނުބައި ކަންތައްކުރިމީހުންގެ ފަހުކޮޅުވީ ހަމަ އެންމެ ނުބަޔަށެވެ. (އެއީ ނަރަކައިގެ عذاب އެވެ.) އެއީ އެމީހުން ﷲ އާޔަތްތައް ދޮގުކުރިކަމުގެ ސަބަބުންނެވެ. އަދި އެމީހުންވީ އެއާޔަތްތަކަށް މަލާމާތްކޮށް ފުރައްސާރަ ކުރާމީހުންކަމުގައެވެ.
-
11
ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيْهِ تُرْجَعُونَ
ʹAllaahu yabdaʹul khalq̣a s̤umma yuʻeeduhoo s̤umma ʹilayhi turjaʻoon.
خَلْقُ ތަކުން އަލަށް ފުރަތަމަވެސް ފަށައިގެން ހައްދަވަނީ ﷲ އެވެ. ދެން އެކަލާނގެ އެތަކެތި އަލުންވެސް إعَاد ކުރައްވައެވެ. (އެބަހީ: މަރުވުމަށްފަހު އަލުން ދިރުއްވައި ފޮނުއްވާނެއެވެ.) ދެން ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ އެކަލާނގެ حضرة އަށެވެ.
-
12
وَيَوْمَ تَقُومُ ٱلسَّاعَةُ يُبْلِسُ ٱلْمُجْرِمُونَ
Wa-Yawma taq̣oomus Saaʻatu yublisul mujrimoon.
އަދި قيامة ގާއިމުވާ ދުވަހުން مجرم ން - (ނުބައިނުލަފާމީހުން) - މުޅިން ނާ أمّيد ވާނެއެވެ.
-
13
وَلَمْ يَكُن لَّهُم مِّن شُرَكَآئِهِمْ شُفَعَـٰٓؤُا۟ وَكَانُوا۟ بِشُرَكَآئِهِمْ كَـٰفِرِينَ
Wa-lam yakul lahum miñ Shurakaaaʹihim shufaʻaaaʹu wa-kaanoo bi-Shurakaaaʹihim kaafireen.
އަދި އެމީހުންނަށް އެމީހުންގެ شريك ންގެތެރެއިން އެއްވެސް شَفَاعَة ތެރިއަކު ނުވާނެއެވެ. އެމީހުންވީ (ދުނިޔޭގައި އުޅުނުއިރު) އެމީހުންގެ شَريك ންނާއިއެކު އެމީހުންގެ އެހީގައި (ﷲ ގެ وَلِيُّ ންނާއިމެދު) ދެކޮޅުވެރިވެ ކާފަރުވެގެންވާ ބަޔަކުކަމުގައެވެ.
-
14
وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَتَفَرَّقُونَ
Wa-Yawma taq̣oomus Saaʻatu Yawmaʹiẓiñy yatafarraq̣oon.
އަދި قيامة قائم ވާދުވަހުން މީސްތަކުން ބައިވާނެއެވެ. ވަކިވަކިވާނެއެވެ. (مؤمن ންނާއި ކާފަރުންނެވެ.) އެދުވަސް ހަނދާންކުރާށެވެ!
-
15
فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَهُمْ فِى رَوْضَةٍ يُحْبَرُونَ
Faʹammal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati fahum fee Rawḍatiñy yuḥbaroon.
ފަހެ އީމާންވެގެން صالح عمل ތައްކުރި މީސްތަކުންވަނީ ކަނޑައެޅިގެން ބަގީޗާއެއްގައެވެ. (ގިނަގުނަ نعمة ގައި) އުފާކުރާ حال ގައެވެ.
-
16
وَأَمَّا ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَا وَلِقَآئِ ٱلْـَٔاخِرَةِ فَأُو۟لَـٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ
Wa-ʹammal laẓeena kafaroo wa-kaẓẓaboo biʹAayaatinaa wa-liq̣aaaʹil ʹAakhirati faʹulaaaʹika fil ʻaẓaabi muḥḍaroon.
އަދި ކާފަރުވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި آخرة އާއި ބައްދަލުވުން ދޮގުކުރި މީސްތަކުން ދަންނައެވެ. ފަހެ އެމީހުންވަނީ عذاب ގެތެރެއަށް حاضر ކުރެވޭނެމީހުންކަމުގައެވެ.
-
17
فَسُبْحَـٰنَ ٱللَّهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ
Fa-Subḥaanal laahi ḥeena tumsoona waḥeena tuṣbiḥoon.
ފަހެ ހަވީރު އިރުއޮއްސޭހިނދުގައްޔާއި އަދި ތިޔަބައިމީހުން ފަތިސްކުރާހިނދުގައި ﷲ އަށް تسبيح ކިޔާށެވެ. އެކަލާނގެ ހުސް طاهر ވަންތަކުރާށެވެ. (މިއީ مغرب ނަމާދަށާއި ފަތިސްނަމާދަށްވާ އިޝާރަތެއްކަމުގައި مفسّر ން ވިދާޅުވެއެވެ.)
-
18
وَلَهُ ٱلْحَمْدُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ
Wa-lahul Ḥamdu fis samaawaati wal-ʹarḍi wa-ʻashiyyañw waḥeena tuz̤̣hiroon.
އަދި ހަވީރުކުރާހިނދުގައްޔާއި އަދި ތިޔަބައިމީހުން މެންދުރުކުރާހިނދުގައިވެސް އުޑުތަކާއި ބިމުގައިވެސް އެންމެހައި حمد އާއި تعريف އެއްހުރީ ހަމަ އެކަލާނގެއަށެވެ. ﷲ އަށެވެ.\r(ދަންނައެވެ. މިއީ عصر ނަމާދަށާއި މެންދުރުނަމާދަށްވާ އިޝާރާތެއްކަމުގައި مفسّر ން ވިދާޅުވެއެވެ. އަދި عشاء ނަމާދަށްވާ އިޝާރަތަކީ نور سورة ގައިވާ وَمِن بَعْدِ صَلَاةِ الْعِشَاءِ ۚ ثَلَاثُ عَوْرَاتٍ لَّكُمْ ۚ މިއާޔަތްކަމުގައިވެއެވެ. والله أعلم)
-
19
يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَيُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ وَكَذَٰلِكَ تُخْرَجُونَ
Yukhrijul ḥayya minal mayyiti wa-yukhrijul mayyita minal ḥayyi wa-yuḥyil ʹarḍa baʻda mawtihaa: wa-kaẓaalika tukhrajoon.
މަރުވެފައިވާ ތަކެތީގެތެރެއިން ދިރޭތަކެތި އެކަލާނގެ ނެރުއްވައެވެ. އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާ ތަކެތި އެކަލާނގެ ނެރުއްވައެވެ. އަދި ބިންގަނޑު މަރުވެފައިއޮތުމަށްފަހު އެކަލާނގެ އެބިން (ވާރޭ ވެއްސަވައިގެން) ދިރުއްވައެވެ. އަދި ތިޔަބައިމީހުން (ކަށްވަޅުތަކުން) ނުކުންނާނީ ހަމައެފަދައިންނެވެ. (ބިމުން ގަސްތައް ފަޅައިގަންނަފަދައިންނެވެ.)
-
20
وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَآ أَنتُم بَشَرٌ تَنتَشِرُونَ
Wa-min ʹAayaatiheee ʹan khalaq̣akum miñ turaabiñ s̤umma ʹiẓaaa ʹañtum̃ basharuñ tañtashiroon!
އަދި ތިޔަބައިމީހުން ވެލީން ހެއްދެވިކަން އެއީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިން ވާކަމެކެވެ. (އެބަހީ: آدم ގެފާނު ވެލިން ހެއްދެވިކަން އެއީ އެކަލާނގެ قدرة ތެރިކަމުގެ دليل ތަކުގެތެރެއިންވާ ކަމެކެވެ.) ދެން ތިޔަބައިމީހުން آدم ގެދަރިންގެ ގޮތުގައި ބިމުގައި ފެތުރި ގޮތްގޮތަށް حركاة ކުރަމުއެވެ.
-
21
وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ
Wa-min ʹAayaatiheee ʹan khalaq̣a lakum min ʹañfusikum ʹazwaajal litaskunooo ʹilayhaa wa-jaʻala baynakum mawaddatañw waraḥmah: ʹinna fee ẓaalika laʹAayaatil liq̣awmiñy yatafakkaroon.
އަދި ތިޔަބައިމީހުންގެ نفس ތަކުން ތިޔަބައިމީހުންނަށްޓަކައި އަނބީން ލެއްވިކަން އެއީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިންވާ ކަމެކެވެ. (ފުރަތަމަ އާދަމުގެފާނުންގެ نفس ފުޅުން حَوَّاى ގެފާނު ހެއްދެވުންވެއެވެ.) އެކަލާނގެ އެގޮތަށް ހަމަޖެއްސެވީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ ދެމެދު - (އަންހެނުންނާއި ފިރިހެނުންނާއިދެމެދު) ލޯބިވެތިކަމާއި رحمة އެކަލާނގެ ލެއްވިއެވެ. ހަމަކަށަވަރުން ވިސްނާ فكر ކުރާ ބަޔަކަށް އެކަންކަމުގައިވެސް ﷲ ގެ قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ދަލީލުތައް ވާކަން ކަށަވަރެވެ.
-
22
وَمِنْ ءَايَـٰتِهِۦ خَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفُ أَلْسِنَتِكُمْ وَأَلْوَٰنِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّلْعَـٰلِمِينَ
Wa-min ʹAayaatihee khalq̣us samaawaati wal-ʹarḍi wakhtilaafu ʹalsinatikum wa-ʹalwaanikum: ʹinna fee ẓaalika laʹAayaatil lilʻaalimeen.
އަދި އުޑުތަކާއި ބިންހެއްދެވުމާއި އަދި ތިޔަބައިމީހުންގެ ބަސްމޮށުންތެރިކަމާއި ގައިގެ ކުލަ ތަފާތުކޮށްލެއްވުމާއި މިކަންކަން މިގޮތަށް ހެއްދެވުމަކީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިން ވާކަމެކެވެ. ހަމަކަށަވަރުން ތަންދޮރު ދަންނަމީހުންނަށްޓަކައި އެކަންކަމުގައިވެސް އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ دليل ތައް ވާކަންކަށަވަރެވެ.
-
23
وَمِنْ ءَايَـٰتِهِۦ مَنَامُكُم بِٱلَّيْلِ وَٱلنَّهَارِ وَٱبْتِغَآؤُكُم مِّن فَضْلِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَسْمَعُونَ
Wa-min ʹAayaatihee manaamukum̃ bil-layli wannahaari wabtig̣aaaʹukum miñ faḍlih: ʹinna fee ẓaalika laʹAayaatil liq̣awmiñy yasmaʻoon.
އަދި ރޭގަނޑާއި ދުވާލު ތިޔަބައިމީހުންނަށް ނިދިލެއްވުމާއި އަދި އެކަލާނގެ فَضْلَ ވަންތަކަމަށް ތިޔަބައިމީހުން އެދުމާއި މިކަންކަން މިވަނީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިންނެވެ. (ހެޔޮ) ބަސްއަހާ ބަޔަކަށް އެކަންކަމުގައިވެސް ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމަށް دليل ކުރާ دليل ތައްވާކަން ކަށަވަރެވެ.
-
24
وَمِنْ ءَايَـٰتِهِۦ يُرِيكُمُ ٱلْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءً فَيُحْىِۦ بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ
Wa-min ʹAayaatihee yureekumul barq̣a khawfañw waṭamaʻañw wayunazzilu minas samaaaʹi maaaʹañ fayuḥyee bihil ʹarḍa baʻda mawtihaa: ʹinna fee ẓaalika laʹAayaatil liq̣awmiñy yaʻq̣iloon.
ބިރުވެތިވެވޭ އެއްޗެއްގެގޮތުގައްޔާއި އަދި (ވާރޭފެނަށް) ދަހިވެތިވެވޭ އެއްޗެއްގެ ގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ވިދުވަރު ދެއްކެވުން ވަނީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ ދަލީލުތަކުގެ ތެރެއިންނެވެ. އަދި އުޑުން އެކަލާނގެ ފެންވެއްސަވައެވެ. އަދި ބިންގަނޑު މަރުވެ ހަނަފަސްވެފައި އޮތުމަށްފަހު އެފެނުން އެކަލާނގެ އެބިންގަނޑު ދިރުއްވައެވެ. ބުއްދިކޮށް ވިސްނާ فكر ކުރާ ބަޔަކަށް އެކަންކަމުގައިވެސް (ﷲ ގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ) ދަލީލުތައް ވާކަން ކަށަވަރެވެ.
-
25
وَمِنْ ءَايَـٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلْأَرْضُ بِأَمْرِهِۦ ۚ ثُمَّ إِذَا دَعَاكُمْ دَعْوَةً مِّنَ ٱلْأَرْضِ إِذَآ أَنتُمْ تَخْرُجُونَ
Wa-min ʹAayaatiheee ʹañ taq̣oomas samaaaʹu wal-ʹarḍu biʹAmrih: s̤umma ʹiẓaa daʻaakum daʻwatam minal ʹarḍi ʹiẓaaa ʹañtum takhrujoon.
އަދި އުޑާއި ބިން (ﷲ އަށް ކިޔަމަނުގައި) އެކަލާނގެ أمر ފުޅަށް قائم ވެފައިއޮތުން އެއީވެސް އެކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކުގެތެރެއިން ވާކަމެކެވެ. ދެން އަދި އެކަލާނގެ ތިޔަބައިމީހުން (محشر ކުރެއްވުމަށް) ބިމުން ނުކުތުމަށް ހަމަގޮވާލައްވާއިރަށް އެހައިރުން ތިޔަބައިމީހުން (ބިމުން) ނުކުމެދެއެވެ. ނުކުންނާނެއެވެ.
-
26
وَلَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ كُلٌّ لَّهُۥ قَـٰنِتُونَ
Wa-lahoo mañ fis samaawaati wal-ʹarḍ: kullul lahoo q̣aanitoon.
އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ملك ވެ خاصّ ވެގެންވަނީ ހަމަ އެކަނި އެކަލާނގެއަށެވެ. އަދި އެހުރިހާމީހުން އެކަލާނގެއަށް ކިޔަމަންތެރިވެ އަޅުދާސްވެގެންވެއެވެ. (އެއީ حياة ގެ ކަންކަމުގައްޔާއި މަރުވުމާއި محشر ވުމުގައެވެ. މިއާޔަތުގެ މާނައިގައި مفسّر ންގެބަސް ތަފާތެވެ.)
-
27
وَهُوَ ٱلَّذِى يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ ٱلْمَثَلُ ٱلْأَعْلَىٰ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Wa-Huwal laẓee yabdaʹul khalq̣a s̤umma yuʻeeduhoo wa-huwa ʹahwanu ʻalayh. wa-lahul Mas̤alul ʹAʻlaa fis samaawaati wal-ʹarḍ: wa-Huwal ʻAzeezul Ḥakeem.
އަދި خلق ތަކުން ހެއްދެވުމަށް ފައްޓަވައިގެން އަލަށް ހައްދަވަނީ ހަމަ އެކަލާނގެއެވެ. ދެން އެކަލާނގެ އެތަކެތި (މަރުވުމަށްފަހު) އަލުންވެސް إعاد ކުރައްވައެވެ. އަދި އެކަލާނގެއަށް އެކަން ދާދިފަސޭހަވެގެންވެއެވެ. ނުވަތަ ދެވަނަފަހަރަށް އެތަކެތި ހައްދަވައި إعاد ކުރެއްވުން ކުރިޔަށްވުރެ މާފަސޭހައެވެ. އަދި އުޑުތަކާއި ބިމުގައި އެންމެ މަތިވެރި مثال ވަނީ ހަމަ އެކަލާނގެއަށެވެ. އެއީ حقّ إله އެވެ. އެކަލާނގެ ފިޔަވައި އެހެން إله އަކު ނުވެއެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
28
ضَرَبَ لَكُم مَّثَلًا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَـٰنُكُم مِّن شُرَكَآءَ فِى مَا رَزَقْنَـٰكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْقِلُونَ
Ḍaraba lakum mas̤alam min ʹañfusikum: hal lakum mim maa malakat ʹaymaanukum miñ shurakaaaʹa fee maa- razaq̣naakum faʹañtum feehi sawaaaʹuñ takhaafoonahum kakheefatikum ʹañfusakum? Kaẓaalika nufaṣṣilul ʹAayaati liq̣awmiñy yaʻq̣iloon.
ތިޔަބައިމީހުންގެ نفس ތަކުން އެކަލާނގެ ތިޔަބައިމީހުންނަށް مثال އެއް ޖައްސަވައެވެ. ތިމަންރަސްކަލާނގެ ކަލޭމެންގެ އަތްމައްޗަށް ދޫކުރި ރިޒުގުގައި ކަލޭމެންނާއިއެކު ކަލޭމެންގެ އަޅުން ބައިވެރިވެ ހަމަހަމަކުރާނެހެއްޔެވެ؟ ކަލޭމެންގެ نفس ތަކަށް ކަލޭމެން ބިރުވެތިވާފަދައިން އެމީހުންގެ نفس ތަކުގެ މައްޗަށް ބިރުވެތިވަމުހެއްޔެވެ؟ (ނުވާނެއެވެ. ރިޒުގުގައިވެސް ހަމަހަމަވާކަށް ނޭދޭނެއެވެ. މިހެން މިކަންހުރިއިރު ﷲ ގެ އަޅުތަކުންނާއި ﷲ އާއި ހަމަހަމަކުރުމަށް ކަލޭމެން قبول ވާންވީ ކޮންފަދައަކުންހެއްޔެވެ؟ އެއީ ކިހާބޮޑު ބޭ إنصاف އެއްހެއްޔެވެ؟) އަދި ބުއްދިކޮށް ވިސްނާބަޔަކަށް ﷲ އެކަލާނގެ އާޔަތްތައް تفصيل ކޮށްދެއްވަނީ ހަމައެފަދައިންނެވެ.
-
29
بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوٓا۟ أَهْوَآءَهُم بِغَيْرِ عِلْمٍ ۖ فَمَن يَهْدِى مَنْ أَضَلَّ ٱللَّهُ ۖ وَمَا لَهُم مِّن نَّـٰصِرِينَ
Balit tabaʻal laẓeena z̤̣alamooo ʹahwaaaʹahum̃ big̣ayri ʻilm. famañy yahdee man ʹaḍallal laah? Wa-maa lahum min naaṣireen.
އެއްގޮތަކަށްވެސް ކަންހުރީ އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަނިޔާވެރިން ނުވަތަ مشرك ން އެމީހުން އެމީހުންގެ هواى نفس އާއި يعني: އަމިއްލަ އެދުމާއި تبع ވީއެވެ. އަދި ﷲ މަގުފުރައްދަވައިފި ބަޔަކަށް ތެދުމަގު ދައްކަވާނީ ކާކުހެއްޔެވެ؟ އަދި އެމީހުންނަކަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.
-
30
فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Faʹaq̣im wajhaka lid-Deeni ḥaneefaa: Fiṭratal laahil latee faṭaran naasa ʻalayhaa: laa- tabdeela likhalq̣il laah: ẓaalikad Deenul Q̣ayyimu wa-laakinna ʹaks̤aran naasi laa- yaʻlamoon.
އަދި توحيد ގެމަގަށް ސީދާވެގެންވާ حال ކިޔަމަންތެރިކަމާއިއެކު ސީދާވެގެންވާ دين އަށް ކަލޭގެފާނު މޫނުފުޅު ސީދާކުރައްވާށެވެ. އެއީ ﷲ ހެއްދެވި فِطرة އެވެ. إسلام دين އެވެ. އެއީ އެގޮތެއްގެ މަތީގައި މީސްތަކުން ހައްދަވާފައިވާގޮތެވެ. ﷲ ގެ ހެއްދެވުމަކަށް އެކަލާނގެ ދީނަކަށް ބަދަލުވުމެއް ނެތެވެ. ސީދާވެގެންވާ دين އަކީ އެއީއެވެ. އަދި އެހެނެއްކަމަކު ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.
-
31
۞ مُنِيبِينَ إِلَيْهِ وَٱتَّقُوهُ وَأَقِيمُوا۟ ٱلصَّلَوٰةَ وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ
Muneebeena ʹilayhi wattaq̣oohu wa-ʹaq̣eemuṣ Ṣalaata wa-laa takoonoo minal mushrikeen;
އެކަލާނގެ حضرة އަށް توبة ވެ رجوع ވެގެންވާ حال ގައެވެ. (އެބަހީ: دين އަށް ކުރިމަތިލައި މޫނު އެދިމާއަށް ސީދާކުރާނީ އެކަލާނގެ حضرة އަށް توبة ވެ رجوع ވެގެންވާ حال ގައެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް ބިރުވެތިވާށެވެ. އަދި ނަމާދު قائم ކުރާށެވެ. އަދި مشرك ންގެތެރެއިން ތިޔަބައިމީހުން ނުވާށެވެ.
-
32
مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ
Minal laẓeena farraq̣oo Deenahum wa-kaanoo Shiyaʻaa: kullu ḥizbim bimaa ladayhim fariḥoon!
ބައިބައިކުރިމީހުންނަކީ އެމީހުން އެމީހުންގެ دين ބައިބައިކޮށް ވަކިވަކިކުރި މީހުންނެވެ. އަދި އެމީހުންވީ އެތައް جماعة އަކަށެވެ. އެތައް ޕާޓީއަކަށެވެ. އޭގެތެރެއިން ކޮންމެ جماعة އެއްވެސް ވަނީ އެމީހުންގެ ގާތުގައިވާ އެއްޗާއިގެން (مذهب އާއިގެން) އުފާކޮށްކޮށެވެ. އެމީހުން ހިފަހައްޓައިގެން ތިބި مذهب އަށް މަޖާވެފައެވެ.
-
33
وَإِذَا مَسَّ ٱلنَّاسَ ضُرٌّ دَعَوْا۟ رَبَّهُم مُّنِيبِينَ إِلَيْهِ ثُمَّ إِذَآ أَذَاقَهُم مِّنْهُ رَحْمَةً إِذَا فَرِيقٌ مِّنْهُم بِرَبِّهِمْ يُشْرِكُونَ
Wa-ʹiẓaa massan naasa ḍurruñ daʻaw Rabbahum muneebeena ʹilayhi s̤umma ʹiẓaaa ʹaẓaaq̣ahum minhu Raḥmatan ʹiẓaa fareeq̣um minhum̃ bi-Rabbihim yushrikoon,―
އަދި މި مشرك ންގެ މީހުންނަށް ކޮންމެވެސް އުނދަގުލެއް (فقير ކަމެއްނަމަވެސް) - ދަތިކަމެއް -ޖެހިއްޖެއްޔާ ﷲ އަށް توبة ވެ رجوع ވެގެންވާ حال އެކަލާނގެއަށް دعاء ކުރެއެވެ. ދެން އެކަލާނގެ حضرة ން އެމީހުންނަށް رحمة އެއްގެރަހަ - / ތިޔާގެކަމެއްގެ ރަހަ ދައްކަވައިފިއްޔާއި އެހައިރުން އަލުންވެސް އޭގެތެރެއިން ބަޔަކުމީހުން އެކަލާނގެއަށް شرك ކުރެއެވެ.
-
34
لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ ۚ فَتَمَتَّعُوا۟ فَسَوْفَ تَعْلَمُونَ
Liyakfuroo bimaaa ʹaataynaahum! Fatamattaʻoo: fasawfa taʻlamoon.
އެއީ އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އާއި رحمة އަށް އެމީހުން ކާފަރުވާން ވެގެންނެވެ. (އެބަހީ: އެމީހުން ނުހަނު تَضَرّع ވެރިކަމާއިއެކު دعاء ކުރުމަށްފަހު ތިމަންރަސްކަލާނގެ حضرة ން އެމީހުންނަށް رحمة އެއްގެ ރަހަދެއްކެވީމާ އަލުންވެސް އެމީހުން ތިމަންރަސްކަލާނގެއާއި އެ شريك ކުރަނީ އެމީހުންނަށް ދެއްވި رحمة އަށް ކާފަރުވުމަށެވެ.)
-
35
أَمْ أَنزَلْنَا عَلَيْهِمْ سُلْطَـٰنًا فَهُوَ يَتَكَلَّمُ بِمَا كَانُوا۟ بِهِۦ يُشْرِكُونَ
ʹAm ʹañzalnaa ʻalayhim Sulṭaanañ fahuwa yatakallamu bimaa kaanoo bihee yushrikoon?
ނުވަތަ އެމީހުން އެކުރާ شرك އެއީ صحّ އެއްޗެއްކަމުގެ މައްޗަށް ވާހަކަ ދައްކާނެ ފޮތެއް ތިމަންރަސްކަލާނގެ އެމީހުންނަށް ބާވައިލެއްވީހެއްޔެވެ؟ (އެއީވެސް ވީކަމެއްނޫނެވެ.)
-
36
وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةً فَرِحُوا۟ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ إِذَا هُمْ يَقْنَطُونَ
Wa-ʹiẓaaa ʹaẓaq̣nan naasa Raḥmatañ fariḥoo bihaa: wa-ʹiñ tuṣibhum sayyiʹatum bimaa q̣addamat ʹaydeehim ʹiẓaa hum yaq̣naṭoon!
އަދި މީސްތަކުންނަށް ތިމަންރަސްކަލާނގެ رحمة އެއްގެ ރަހަ ދައްކަވައިފިއްޔާ (މުއްސަނދިކަމެއް ނުވަތަ ބަލިފަސޭހަވުމެއް ނުވަތަ އެބާވަތުގެ ކޮންމެވެސް ކަމެއްގެ ރަހަ ދައްކަވައިފިއްޔާއި) އެމީހުން އެކަމަށް ވަރަށް އުފާވެ މަޖާނަގައެވެ. އަދި އެމީހުންނަށް އެމީހުންކުރި ފާފައިގެ ސަބަބުން ކޮންމެވެސް ނުބައެއް (فقير ކަމެއް - ބަލިމަޑުކަމެއްފަދަކަމެއް) ދިމާވެއްޖެއްޔާއި އެހައިރުން އެމީހުން އެކީއެކައްޗަކަށް (ތިމަންރަސްކަލާނގެ رحمة ން) أمّيد ކަނޑައިލައެވެ.
-
37
أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ
ʹAwalam yaraw ʹannal laaha yabsuṭur rizq̣a limañy yashaaaʹu wa-yaq̣dir? ʹInna fee ẓaalika laʹAayaatil liq̣awmiñy yuʹminoon.
އަދި ހަމަކަށަވަރުން ﷲ އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުގުތަނަވަސްކުރައްވައި އަދި އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުގު ދަތިކުރައްވައި މަދުކުރައްވާކަން އެމީހުން ފަހެ ނުދެކެނީބާވައެވެ؟ ނޭނގެނީބާވައެވެ؟ ހަމަކަށަވަރުން އެކަންކަމުގައިވެސް އީމާންވާ ބަޔަކަށް (ﷲ ގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ) ދަލީލުތައްވެއެވެ.
-
38
فَـَٔاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ ۚ ذَٰلِكَ خَيْرٌ لِّلَّذِينَ يُرِيدُونَ وَجْهَ ٱللَّهِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ
Faʹaati ẓal q̣urbaa ḥaq̣q̣ahoo walmiskeena wabnas sabeel. Ẓaalika khayrul lil-laẓeena yureedoona Wajhal laahi wa-ʹulaaʹika humul Mufliḥoon.
ފަހެ ގާތްތިމާގެ މީހުންނަށް އެމީހުންގެ حقّ އަދާކުރާށެވެ! އަދި މިސްކީނުންނާއި ދަތުރުވެރިންނަށްވެސް އެމީހުންނަށްވާ حقّ ދޭށެވެ! ﷲ ގެ وجه ފުޅު އެދޭބަޔަކަށް އެގޮތް ހެޔޮވެގެންވެއެވެ. އަދި ކާމިޔާބުވާނޭ މީހުންނަކީ ހަމަ އެއީއެވެ.
-
39
وَمَآ ءَاتَيْتُم مِّن رِّبًا لِّيَرْبُوَا۟ فِىٓ أَمْوَٰلِ ٱلنَّاسِ فَلَا يَرْبُوا۟ عِندَ ٱللَّهِ ۖ وَمَآ ءَاتَيْتُم مِّن زَكَوٰةٍ تُرِيدُونَ وَجْهَ ٱللَّهِ فَأُو۟لَـٰٓئِكَ هُمُ ٱلْمُضْعِفُونَ
Wa-maaa ʹaataytum mir Ribal liyarbuwa feee ʹamwaalin naasi falaa yarboo ʻiñdal laah; wa-maaa ʹaataytum miñ Zakaatiñ tureedoona Wajhal laahi faʹulaaaʹika humul muḍʻifoon.
މީސްތަކުންގެ މުދާގިނަވުމަށްޓަކައި - ނުވަތަ ތިމާއަށް އަނބުރައި ގިނަ ހަދިޔާއާއި ބަދަލު ލިބުމުގެ مقصد ގައި މީސްތަކުން އެކަކު އަނެކަކަށް ދީއުޅޭ ހަދިޔާއާއި ދިނުންތަކަކުން ﷲ ގެ حضرة ގައި އެއްވެސް އިތުރުވުމެއް ނުވެއެވެ. އަދި އެކަމަކު ﷲ ގެ وجه ފުޅު އެދިގެން ތިޔަބައިމީހުން ކުރި صدقة އަކުން ނުވަތަ ދިން ޒަކާތަކުންވިއްޔާ ﷲ ގެ حضرة ގައި އޭގެ ދަރުމަޔާއި ثواب އެތައްގުނައަކަށް ގިނަވެއެވެ. އަދި އެފަދައިން ޒަކާތްދީ صدقة ކުރާމީހުން އެއީ އެމީހުންގެ عمل ގެ ثواب އާއި ދަރުމަ ގިނަކުރާމީހުންނެވެ.
-
40
ٱللَّهُ ٱلَّذِى خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَآئِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَىْءٍ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ
ʹAllaahul laẓee khalaq̣akum s̤umma razaq̣akum s̤umma yumeetukum s̤umma yuḥyeekum. Hal miñ Shurakaaaʹikum mañy yafʻalu miñ ẓaalikum miñ shayʹ? Sub-ḥaanahoo wa-taʻaalaa ʻammaa yushrikoon!
(އޭ مشرك ތަކުންނޭވެ!) ކަލޭމެން ހެއްދެވީ ހަމަ ﷲ އެވެ. ދެން އެކަލާނގެ ކަލޭމެނަށް ރިޒުގުދެއްވައެވެ. ދެން އެކަލާނގެ ކަލޭމެން މަރުއްވައެވެ. ދެން އަލުންވެސް (محشر އަށް ފޮނުވުމަށްޓަކައި) އެކަލާނގެ ކަލޭމެން ދިރުއްވާނެއެވެ. އަޅެފަހެ ކަލޭމެން ﷲ ފިޔަވައި ތިއަ އަޅުކަންކުރާ إله ންކުރެ އެއްވެސް إله އަކަށް މި بيان ކުރި ކަންތަކުގެތެރެއިން އެއްވެސްކަމެއް ކުރެވޭނެހެއްޔެވެ؟ (ނުކުރެވޭނެކަން ކަށަވަރެވެ.) ފަހެ އެމީހުން އެ شريك ކުރާ ތަކެތި ފިޔަވައި އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ.
-
41
ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ
Z̤̣aharal fasaadu fil barri wal-baḥri bimaa kasabat ʹaydin naasi liyuẓeeq̣ahum baʻḍal laẓee ʻamiloo laʻallahum yarjiʻoon.
މީސްތަކުންގެ އަތްތަކުން ކުރިކަންތަކުގެ ސަބަބުން (އުރެދުންތަކުގެ ސަބަބުން) އެއްގަމާއި ކަނޑުގައި ފަސާދަ އުފެދިއްޖެއެވެ. އެބަހީ: މީސްތަކުން ކުރި އުރެދުމާއި ފާފައިގެ ސަބަބުން އެއްގަމާއި ކަނޑުގައި އަނިޔާތައް އުފެދި ފެތުރިއްޖެއެވެ. އެއީ އެމީހުންކުރެ ބައެއްމީހުން ކުރި ކަންތަކުގެ ނުބައިކަމުގެ ރަހަ އެމީހުންނަށް ދެއްކެވުމަށްޓަކައެވެ. އެއީ އެމީހުން ތިބި ނުބައިގޮތް ދޫކޮށް ﷲ އަށް رجوع ވުމުގެ أمّيد ގައެވެ.
-
42
قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلُ ۚ كَانَ أَكْثَرُهُم مُّشْرِكِينَ
Q̣ul seeroo fil ʹarḍi fañz̤̣uroo kayfa kaana ʻAaq̣ibatul laẓeena miñ q̣abl. Kaana ʹaks̤aruhum mushrikeen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ހިނގަބިނގާވެ ދަތުރުފަތުރުކޮށް ހަދާބަލާށެވެ! އަދި މީގެކުރީގެ އެބާވަތުގެ ނުކިޔަމަންތެރިމީހުންގެ ނިމުމާއި ފަހުކޮޅުވެގެން ދިޔައީ ކޮންގޮތަކުންތޯ ނިކަން ދެކެބަލާށެވެ! އެމީހުންކުރެ ގިނަމީހުންވީ مشرك ންކަމުގައެވެ. (ކަލޭމެން މިކަންކަމުން عبرة ލިބިގަންނާށެވެ!)
-
43
فَأَقِمْ وَجْهَكَ لِلدِّينِ ٱلْقَيِّمِ مِن قَبْلِ أَن يَأْتِىَ يَوْمٌ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۖ يَوْمَئِذٍ يَصَّدَّعُونَ
Faʹaq̣im wajhaka lid-Deenil Q̣ayyimi miñ q̣abli ʹañy yaʹtiya yawmul laa maradda lahoo minal laahi Yawmaʹiẓiñy yaṣṣaddaʻoon.
(އޭ رسول ﷲ އެވެ!) ﷲ އަށް ކިޔަމަންތެރިވެވޭ ތެދު ސީދާ دين އަށް ކަލޭގެފާނުންގެ މޫނުފުޅު ސީދާކުރައްވާށެވެ! އެއީ ﷲ ގެ حضرة ން ކަނޑައެޅިގެން އަންނަ އަދި އެދުވަހެއް އަޔަނުދީ އަނބުރާ ފޮނުވައި ނުލެވޭނެ ދުވަހެއް އައުމުގެ ކުރިންނެވެ. (އެބަހީ: ކަނޑައެޅިގެން އަންނަ قيامة ދުވަސް އައުމުގެ ކުރިންނެވެ.) އެދުވަހުން މީސްތަކުން ބައިވާނެއެވެ. (އެއްބަޔަކު ސުވަރުގެއަށް އަނެއްބަޔަކު ނަރަކައަށެވެ.)
-
44
مَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَمَنْ عَمِلَ صَـٰلِحًا فَلِأَنفُسِهِمْ يَمْهَدُونَ
Mañ kafara faʻalayhi kufruh: wa-man ʻamila ṣaaliḥañ faliʹañfusihim yamhadoon:
ފަހެ ކާފަރުވެއްޖެމީހާ ދަންނައެވެ. ފަހެ އެމީހާގެ ކާފަރުކަމުގެ ނުބައި ހުންނާނީ ހަމަ އެމީހެއްގެ މައްޗަށެވެ. އަދި صالح عمل ކުރި މީހުން ދަންނައެވެ. ފަހެ އެމީހުން އެމީހުންގެ نفس ތަކަށްޓަކައި (ސުވަރުގޭގައި) ތަންމަތިއަޅަނީއެވެ.
-
45
لِيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِن فَضْلِهِۦٓ ۚ إِنَّهُۥ لَا يُحِبُّ ٱلْكَـٰفِرِينَ
Liyajziyal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati miñ faḍlih. ʹInnahoo laa- yuḥibbul kaafireen.
އެއީ إيمان ވެގެން صالح عمل ކުރިމީހުންނަށް އެކަލާނގެ فضل ވަންތަކަމުން ހެޔޮދަރުމަޔާ ثواب ދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން ކާފަރުންނަށް އެކަލާނގެ ލޯބިވެވޮޑި ނުގަންނަވައެވެ.
-
46
وَمِنْ ءَايَـٰتِهِۦٓ أَن يُرْسِلَ ٱلرِّيَاحَ مُبَشِّرَٰتٍ وَلِيُذِيقَكُم مِّن رَّحْمَتِهِۦ وَلِتَجْرِىَ ٱلْفُلْكُ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ
Wa-min ʹAayaatiheee ʹañy yursilar riyaaḥa mubashshiraatiñw wa-li-yuẓeeq̣akum mir Raḥmatihee wa-litajriyal fulku biʹAmrihee wa-litabtag̣oo miñ Faḍlihee wa-laʻallakum tashkuroon.
އަދި އެކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ دليل ތަކުގެތެރެއިން އެކަލާނގެ ވައިފޮނުއްވުންވެއެވެ. / ވައިޖެއްސެވުންވެއެވެ. އެއީ ވާރޭފެން އައުމުގެ އުފާވެރި ކަމެއްގެ ގޮތުންނެވެ. އަދި އެއީ އެކަލާނގެ رحمة ގެރަހަ (ވާރޭފެން) ކަލޭމެންނަށް ދެއްކެވުމަށާއި އަދި އެކަލާނގެ أمر ފުޅަށް ނައުދޯނގުފަހަރު (މޫދުގައި ދުވާ އުޅަނދު) ދުވުމަށްޓަކައްޔާއި އަދި އެކަލާނގެ فَضل ވަންތަކަމުން ދިރިއުޅުމަށްޓަކައި އެކިއެކި ބޭނުންތައް ތިޔަބައިމީހުން އެދިގަތުމަށްޓަކައިދަތުރުފަތުރު ކުރުމަށެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ.
-
47
وَلَقَدْ أَرْسَلْنَا مِن قَبْلِكَ رُسُلًا إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَـٰتِ فَٱنتَقَمْنَا مِنَ ٱلَّذِينَ أَجْرَمُوا۟ ۖ وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ
Wa-laq̣ad ʹarsalnaa miñ q̣ablika rusulan ʹilaa q̣awmihim fajaaaʹoohum̃ bil-bayyinaati fañtaq̣amnaa minal laẓeena ʹajramoo: wa-kaana ḥaq̣q̣an ʻalaynaa naṣrul Muʹmineen.
(އޭ رسول ﷲ އެވެ!) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގައި އެކިއެކި رسول ބޭކަލުން އެބޭބޭކަލުންގެ قوم އަށް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ފަހެ އެބޭކަލުން އެބޭކަލުންގެ قوم ގެ މީހުންގެ ގާތަށް ބަޔާންވެގެންވާ حجّة އާއި دليل އާއިގެން ވަޑައިގެންނެވިއެވެ. (އެކަމަކު އޭގެ ގިނަމީހުން إيمان އެއް ނުވިއެވެ.) ދެންފަހެ ފާފަތައްކޮށް އުރެދުނު މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ބަދަލު ހިއްޕެވީމެވެ. (އެމީހުން ހަލާކުކުރެއްވީމެވެ. އަދި مؤمن ންނަށް نصر ދެއްވީމެވެ.) އެހެނީ مؤمن ންނަށް نصر ދެއްވުން އެއީ ތިމަންކަލާނގެމައްޗަށް ކަނޑައެޅިގެންވާ حقّ ކަމެކެވެ.
-
48
ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَـٰحَ فَتُثِيرُ سَحَابًا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَـٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
ʹAllaahul laẓee yursilur riyaaḥa fatus̤eeru saḥaabañ fayabsuṭuhoo fis samaaaʹi kayfa yashaaaʹu wa-yajʻaluhoo kisafañ fataral wadq̣a yakhruju min khilaalih: faʹiẓaaa ʹaṣaaba bihee mañy yashaaaʹu min ʻibaadiheee ʹiẓaa hum yastabshiroon!―
ދުނިޔެމައްޗަށް ވައިފޮނުއްވައި ވައިޖައްސަވަނީ ހަމަ ﷲ އެވެ. ދެން އެވައި ވިލާތައް އުފައްދައި ވިލާތަށް ހަލުވާ حركاة ކުރުވައެވެ. ދެން އެވިލާތައް އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އުޑުގައި (އުޑުމަތީގައި) ފަތުރުއްވައެވެ. އަދި އެކަލާނގެ އެވިލާތައް އެތިއެތިގަނޑަށް ލައްވައެވެ. އަދި އެވިލާގެ އެތިއެތިގަނޑުގެ ދެމެދުން ވާރޭފެން ނިކުންނާތީ ކަލޭ ގެފާނު ދެކެވަޑައިގަންނަވާނެއެވެ. ދެންފަހެ އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ ބަޔަކަށް އެފެން ދިމާކުރައްވައިފިއްޔާ (ވާރޭވެއްސަވައިފިއްޔާ) ދެން އެހައިރުން އެމީހުން އުފާކުރެއެވެ. މަޖާކުރެއެވެ.
-
49
وَإِن كَانُوا۟ مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِۦ لَمُبْلِسِينَ
Wa-iñ kaanoo miñ q̣abli ʹañy yunazzala ʻalayhim miñ q̣ablihee lamubliseen!
އަދި އެމީހުންގެމައްޗަށް އެފެން ވެއްސެވުމުގެކުރިން ކަނޑައެޅިގެން އެމީހުން ނާއުއްމީދުވެ މުޅިން مَايُوس ވެފައިވިޔަސްމެއެވެ.
-
50
فَٱنظُرْ إِلَىٰٓ ءَاثَـٰرِ رَحْمَتِ ٱللَّهِ كَيْفَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ ذَٰلِكَ لَمُحْىِ ٱلْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Fañz̤̣ur ʹilaaa ʹaas̤aari Raḥmatil laahi kayfa yuḥyil ʹarḍa baʻda mawtihaa! ʹinna Ẓaalika la-Muḥyil mawtaa: wa-Huwaa ʻalaa kulli shayʹiñ Q̣adeer.
ފަހެ ﷲ ގެ رحمة ގެ އަސަރުތައް ނިކަން ދެކެބަލާށެވެ! ބިންގަނޑު މަރުވެފައި އޮތުމަށްފަހު އެބިންގަނޑު އެކަލާނގެ ދިރުއްވަނީ ކޮންފަދައަކުންކަން ނިކަން ދެކެވަޑައިގެން ބައްލަވާށެވެ. (ނުވަތަ އެބިންގަނޑު އެކަލާނގެ ދިރުއްވާގޮތް ނިކަން ދެކެވަޑައިގެން ބައްލަވާށެވެ. ހަމަކަށަވަރުން (محشر ކުރައްވާ حساب ބައްލަވައި جزاء ދެއްވުމަށްޓަކައި) މަރުވެފައިވާ މީސްތަކުން ދިރުއްވުމަށް އެކަލާނގެއަށް ކުޅަދުންވަންތަވެވޮޑިގެންވާކަމުގެ ފުރިހަމަ ހެއްކާއި دليل އެކަމުގައިވެއެވެ. (ވާރޭވެއްސަވައި ބިންދިރުއްވައި ގަސްތައް ހެއްދެވުމުގައިވެއެވެ.) އަދި އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާކަލާނގެއެވެ.
-
51
وَلَئِنْ أَرْسَلْنَا رِيحًا فَرَأَوْهُ مُصْفَرًّا لَّظَلُّوا۟ مِنۢ بَعْدِهِۦ يَكْفُرُونَ
Wa-laʹin arsalnaa reeḥañ faraʹawhu muṣfarral laz̤̣alloo mim baʻdihee yakfuroon!
އަދި (ވާރޭވެއްސެވުމުގެ ސަބަބުން ތަރޯތާޒާވި) އެގަސްތަކަށް ތިމަންރަސްކަލާނގެ ނުބައި فاسد ވަޔެއް ފޮނުއްވައި އެގަސްތައް ހަލާކުވެ ދޮންވެ ބަރުބާދުވެގެންވަނިކޮށް ދެން އެމީހުންނަށް ފެނިއްޖެއްޔާ ދެން އަލުން އެއަށްފަހު އެމީހުން ﷲ އަށް ކާފަރުވެއެވެ.
-
52
فَإِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ
Faʹinnaka laa- tusmiʻul mawtaa wa-laa tusmiʻuṣ ṣummad duʻaaaʹa ʹiẓaa wallaw mudbireen.
ފަހެ ހަމަކަށަވަރުން މަރުވެފައިވާ ބަޔަކަށް ކަލޭގެފާނަކަށް ނުއިއްވޭނެއެވެ. އަދި ބީރުބަޔަކަށްވެސް އެމީހުން ފުރަގަސްދީފާ ހިނގައްޖެއްޔާ ކަލޭގެފާނަކަށް دعاء ގެއަޑު (ގޮވާލެއްވުމުގެއަޑު) ނުއިއްވޭނެއެވެ.
-
53
وَمَآ أَنتَ بِهَـٰدِ ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ
Wa-maaa ʹañta bihaadil ʻumyi ʻañ ḍalaalatihim: ʹiñ tusmiʻu illaa mañy yuʹminu biʹAayaatinaa fahum Muslimoon.
އަދި މަގުފުރެދުމުގެތެރޭގައި އަނދިރިވެ ކަނުވެގެންވާ ބަޔަކުވެސް ސީދާ حقّ ތެދުމަގުގެ މަތީގައި ސާބިތުކޮށްލުމަކީ ކަލޭގެފާނަކަށް ވާނޭކަމެއްނޫނެވެ. (ފަހެ ކާފަރުންނާއި މަގުފުރެދިގެންވާ މީހުންގެ ހިތްތަކަށް ތެދުމަގު واصل ކުރެއްވުމަކީ ހަމައެކަނި ﷲ އަށް خاصّ ވެގެންވާ ކަމެކެވެ. ތިމަންރަސްކަލާނގެ އާޔަތްތަކަށް إيمان ވެ ތެދުކުރާ ބަޔަކަށް މެނުވީ ކަލޭގެފާނަކަށް ނުއިއްވެވޭނެއެވެ. (ކަލޭގެފާނު އިއްވިޔަސް އެފަދަމީހުން މެނުވީ ނުއަހާނެއެވެ.) އަދި އެފަދަމީހުންނީ ﷲ އަށް ކިޔަމަންތެރިވެގެންވާ مسلم ންކަމުގައިވާ މީހުންނެވެ.
-
54
۞ ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِنۢ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنۢ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَآءُ ۖ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ
ʹAllaahul laẓee khalaq̣akum miñ ḍaʻfiñ summa jaʻala mim baʻdi ḍaʻfiñ q̣uwwatañ s̤umma jaʻala mim baʻdi q̣uwwatiñ ḍaʻfañw washaybah: yakhluq̣u maa- yashaaaʹu wa-Huwal ʻAleemul Q̣adeer.
(އޭ އިންސާނުންނޭވެ!) ނުހަނު ނިކަމެތި ضَعِيْف އެއްޗަކުން (ނިކަމެތި نُطْفَة އަކުން) ނުހަނު ނިކަމެތިކޮށް ކަލޭމެން ހެއްދެވީ ހަމަ ﷲ އެވެ. ދެން އެނިކަމެތިކަމާއި ضعيف ކަމަށްފަހު ނުހަނު ގަދަބާރު އެކަލާނގެ ކަލޭމެނަށް ލެއްވިއެވެ. ދެން އަލުންވެސް އެބާރާއި ވަރުގަދަކަމަށްފަހު މުސްކުޅިކަމުގެ ضعيف ކަމާއި ނުރަވަންތަކަން އެކަލާނގެ ކަލޭމެނަށް ލެއްވިއެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އެކަލާނގެ ތަކެތި ހައްދަވައެވެ. އަދި އެކަލާނގެއީ ދެނެވޮޑިގެންވާ ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ.
-
55
وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُوا۟ غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا۟ يُؤْفَكُونَ
Wa-Yawma taq̣oomus Saaʻatu yuq̣simul mujrimoona maa- labis̤oo g̣ayra saaʻah: kaẓaalika kaanoo yuʹfakoon!
އަދި قيامة قائم ވާދުވަހުން مجرم ންގެމީހުން يعني: ނުބައި ކަންތައްތައްކުރި މީހުން (ﷲ ގަންދީ) ހުވާކޮށްފައި ބުނާނީ އެމީހުން އެމީހުންގެ ކަށްވަޅުގައި ނުވަތަ ދުނިޔޭގައި އެންމެ ގަޑިއެއްހާއިރު (ނުވަތަ ހިނދުކޮޅަކު) މެނުވީ ނުތިބޭކަމަށެވެ. އޭގެ جواب ގައި ﷲ އެ އަންގަވަނީ އެމީހުން (ދުނިޔޭގައި ތިބިއިރުވެސް) ދޮގުކުރާ ކަމުގައިވީ އެފަދައިންނެވެ.
-
56
وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَٱلْإِيمَـٰنَ لَقَدْ لَبِثْتُمْ فِى كِتَـٰبِ ٱللَّهِ إِلَىٰ يَوْمِ ٱلْبَعْثِ ۖ فَهَـٰذَا يَوْمُ ٱلْبَعْثِ وَلَـٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ
Wa-q̣aalal laẓeena ʹootul ʻilma wal-ʹeemaana laq̣ad labis̤tum fee Kitaabil laahi ʹilaa Yawmil Baʻs̤: fahaaẓaa Yawmul Baʻs̤i wa-laakinnakum kuñtum laa- taʻlamoon!
އަދި ފޮތުގެ علم ލިބި ﷲ އަށާއި ފޮތަށް إيمان ވީ މީހުން ބުނާނެއެވެ. ﷲ ގެ އިސްވެދިޔަ أَزَلُ ގެ ފޮތުގައި ބަޔާންވެގެންވާ ފަދައިން ކަލޭމެން محشر އަށް ފޮނުއްވެވޭ ދުވަހާއި ހަމައަށް ލަސްވެ ތިބެއްޖައީމުއެވެ. ފަހެ މިއަދުމިއީ (محشر އަށް) ފޮނުވޭ ދުވަހެވެ. އަދި އެހެނެއްކަމަކު އެކަމެއް ކަލޭމެނަކަށް ނޭނގެއެވެ.
-
57
فَيَوْمَئِذٍ لَّا يَنفَعُ ٱلَّذِينَ ظَلَمُوا۟ مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُونَ
Fa-Yawmaʹiẓil laa yañfaʻul laẓeena z̤̣alamoo maʻẓiratuhum wa-laa hum yustaʻtaboon.
ފަހެ އެދުވަހުން އަނިޔާވެރިވީ މީސްތަކުން ދައްކާ عُذُر ތަކުން (އެމީހުނަށް) އެއްވެސް مَنْفَع އެއް ނުކުރާނެއެވެ. އަދި އެމީހުންނަކީ އަނބުރާ ދުނިޔެއަށް ފޮނުވޭނެ ބަޔަކުކަމުގައިވެސް ނުވެއެވެ. (އަދި ނުވަތަ ﷲ ރުހިވޮޑިގަންނަފަދަ عمل އެއްކުރުމަށް އެދެވޭނެ ބަޔަކު ކަމުގައިވެސް ނުވެއެވެ.)
-
58
وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ ۚ وَلَئِن جِئْتَهُم بِـَٔايَةٍ لَّيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ أَنتُمْ إِلَّا مُبْطِلُونَ
Wa-laq̣ad ḍarabnaa linnaasi fee haaẓal Q̣URʹAANI miñ kulli mas̤al: wa-laʹiñ jiʹtahum̃ biʹAayatil layaq̣oolannal laẓeena kafarooo ʹin ʹañtum ʹillaa mubṭiloon.
އަދި ހަމަކަށަވަރުން މި قرآن ގައި ތިމަންރަސްކަލާނގެ ހުރިހާ ވައްތަރެއްގެ މިސާލު މީސްތަކުންނަށް ޖައްސަވައިފީމެވެ. އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންގެގާތަށް - (އެ مشرك ންގެގާތަށް) ކޮންމެފަދަ معجزة އެއް ނުވަތަ دليل އެއް ގެންނެވިނަމަވެސް އެ كافر ންގެމީހުން ބުނާނީ ތިޔަބައިމީހުން يعني: ތިޔަ مؤمن ންނަކީ ހަމަ بَاطل ކަންތައްކުރާ ބަޔަކުކަމުގައިމެނުވީ ނުވެއެވެ. މިފަދައިންނެވެ.
-
59
كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لَا يَعْلَمُونَ
Kaẓaalika yaṭbaʻul laahu ʻalaa q̣uloobil laẓeena laa- yaʻlamoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ﷲ ގެ حضرة ން ގެންނެވި ތަކެތީގެ حقيقة ނުދަންނަ މީހުންގެ ހިތްތަކުގައި ﷲ ސިއްކަ ޖައްސަވަނީ އެފަދައިންނެވެ.
-
60
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ وَلَا يَسْتَخِفَّنَّكَ ٱلَّذِينَ لَا يُوقِنُونَ
Faṣbir ʹinna waʻdal laahi ḥaq̣q̣uñw walaa yastakhiffannakal laẓeena laa- yooq̣inoon.
ފަހެ ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ ތެދު އެއްޗެކެވެ. އަދި قيامة ދުވަސް އަންނާނެކަމާމެދު يقين ނުކުރާ މީހުން ކަލޭގެފާނު ޖާހިލުކުރުވިޔަ ނުދޭހުށިކަމެވެ!