Back to Quran

ސޫރަތްތައް 31

Luqman

Luqman · Makki · 34 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    الٓمٓ

    ʹAlif-Laaam-Meeem.

    الم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.

  2. 2

    تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْحَكِيمِ

    Tilka ʹAayaatul Kitaabil Ḥakeem,―

    މިއީ (بَيَان އާއި تَفْصِيل ގެގޮތުން) ނުހަނު حكمގަދަ ވެގެންވާ ފޮތުގެ يعني: ކީރިތި قرآن ގެ އާޔަތްތަކެވެ.

  3. 3

    هُدًى وَرَحْمَةً لِّلْمُحْسِنِينَ

    Hudañw Wa-Raḥmatal lil-Muḥsineen,

    (އަދި އެއާޔަތްތައް ބާވައިލެއްވިގެންވަނީ) إحسان ތެރިންނަށްވާ ތެދުމަގާއި رحمة އެއްގެ ގޮތުންނެވެ.

  4. 4

    ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ

    ʹAllaẓeena yuq̣eemoonaṣ Ṣalaata wa-yuʹtoonaz Zakaata wa-hum̃ bil-ʹAakhirati hum yooq̣inoon.

    އެމީހުންނަކީ - يعني: މިބުނި إحسان ތެރިންނަކީ - ނަމާދު قائم ކުރާމީހުންނެވެ. އަދި ޒަކާތްދޭ މީހުންނެވެ. އަދި އެމީހުންނަކީ ކަނޑައެޅިގެން آخرة ދުވަސް އަންނާނެކަމާމެދު يقين ކުރާ މީހުންނެވެ.

  5. 5

    أُو۟لَـٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

    ʹUlaaaʹika ʻalaa Hudam mir Rabbihim wa-ʹulaaaʹika humul Mufliḥoon.

    އެމީހުން އެވަނީ އެމީހުންގެ ربّ ގެ حضرة ންވާ ތެދުމަގެއްގެމަތީގައެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން كامياب ވާނެ މީހުންނެވެ.

  6. 6

    وَمِنَ ٱلنَّاسِ مَن يَشْتَرِى لَهْوَ ٱلْحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ مُّهِينٌ

    Wa-minan naasi mañy yashtaree lahwal ḥadees̤i liyuḍilla ʻañ Sabeelil laahi big̣ayri ʻilmiñw Wayattakhiẓahaa huzuwaa: ʹulaaaʹika lahum ʻAẓaabum muheen.

    އަދި މީސްތަކުންގެތެރޭގައި - لَهْوَ الحَدِيْثِ (ލަވަ އަދި ލަވަޔާއި މިއުޒިކު) ގަންނަމީހުން (ނުވަތަ ގަނެވިއްކާމީހުން) ވެއެވެ. އެމީހުން އެގަނެވިއްކާހަދަނީ އެއްވެސް އެނގުމެއްނެތި ﷲ ގެމަގު މީސްމީސްތަކުންނަށް އޮޅުވާ އެމީހުން މަގުފުރެއްދުމަށްޓަކައެވެ. އަދި ﷲ ގެ އާޔަތްތަކާއި ذِكْرُ ނުވަތަ إسلام دين ތާކުންތާކުނުޖެހޭ ބޭކާރު އެއްޗަކަށް ހެދުމަށްޓަކައެވެ. އެމީހުންނަށް (قيامة ދުވަހުން) ހުންނަހުރީ ހަމަ އިހާނާތްތެރިވެގެންވާ عذاب އެވެ.

  7. 7

    وَإِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا وَلَّىٰ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا كَأَنَّ فِىٓ أُذُنَيْهِ وَقْرًا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ

    Wa-ʹiẓaa tutlaa ʻalayhi ʹAayaatunaa wallaa mustakbirañ kaʹal lam yasmaʻhaa kaʹanna feee ʹuẓunayhi waq̣raa: fabashshirhu biʻAẓaabin ʹaleem.

    އަދި އެފަދަމީހާގެ މައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ ބޮޑާވެ ކިބުރުވެރިވެގެންވާ حال ފުރަގަސްދެއެވެ. އޭނާ އެއާޔަތްތައް ނުއަހާކަހަލައެވެ. އޭނާގެ ދެކަންފަތުގައި ބައްކަމެއް (ބީރުކަމެއް) ވާކަހަލައެވެ. (އޭ رسول ﷲ އެވެ!) އެފަދަ މީހުންނަށް ވޭންދެނިވި عذاب އެއް ހުރިކަމުގެ ވާހަކައިން ކަލޭގެފާނު (އުފާވެރިކަމުގެ) خبر ދެއްވާށެވެ!

  8. 8

    إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتُ ٱلنَّعِيمِ

    ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lahum Jannaatun Naʻeem.―

    ހަމަކަށަވަރުން إيمان ވެގެން صَالح عمل ތައްކުރިމީހުން (ދަންނައެވެ.) އެމީހުންނަށް قيامة ދުވަހުން ހުންނަހުރީ نعمة ގެވެރި ބަގީޗާތަކެވެ. ސުވަރުގެއެވެ.

  9. 9

    خَـٰلِدِينَ فِيهَا ۖ وَعْدَ ٱللَّهِ حَقًّا ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

    Khaalideena feehaa. Waʻdal laahi ḥaq̣q̣aa: wa-Huwal ʻAzeezul Ḥakeem.

    އެމީހުން އެތާ ދެމިތިބޭހުއްޓެވެ. އެއީ ﷲ ގެ حقّ وَعْدُ ފުޅެވެ. އަދި އެކަލާނގެއީ عِزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ.

  10. 10

    خَلَقَ ٱلسَّمَـٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَآبَّةٍ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ

    Khalaq̣as samaawaati big̣ayri ʻamadiñ tarawnahaa wa-ʹalq̣aa fil ʹarḍi rawaasiya ʹañ tameeda bikum wa-bas̤s̤a feehaa miñ kulli daaabbah. Wa-ʹañzalnaa minas samaaaʹi maaaʹañ faʹambatnaa feehaa miñ kulli zawjiñ kareem.

    ކަލޭގެފާނަށް ފެނިވަޑައިގަންނަވާނޭ އެއްވެސް ތަނބަކާއި ނުލައި އެކަލާނގެ އުޑުތައް ހެއްދެވިއެވެ. އަދި ކަލޭމެންނާއިގެން ބިންގަނޑު حركاة ކޮށް ތެޅިގަނެދާނެކަމަށްޓަކައި ނުތެޅޭނެގޮތުން އެކަލާނގެ އެބިމުގައި ފަރުބަދަތައް ޖައްސަވައި ހަރުކުރެއްވިއެވެ. އަދި އެބިމުގައި އެކަލާނގެ ހުރިހާ ވައްތަރެއްގެ ދިރޭތަކެތި ލެއްވިއެވެ. (އެކަލާނގެ وحي ކުރެއްވިއެވެ.) އަދި އުޑުން ތިމަންރަސްކަލާނގެ ފެންވެއްސެވީމެވެ. ދެން އެފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ރަނގަޅު ކޮންމެ ބާވަތެއްގެ ފަތްޕިލާވެލި ފަޅުއްވަމެވެ.

  11. 11

    هَـٰذَا خَلْقُ ٱللَّهِ فَأَرُونِى مَاذَا خَلَقَ ٱلَّذِينَ مِن دُونِهِۦ ۚ بَلِ ٱلظَّـٰلِمُونَ فِى ضَلَـٰلٍ مُّبِينٍ

    Haaẓaa khalq̣ul laahi faʹaroonee maa-ẓaa khalaq̣al laẓeena miñ doonih: baliz̤̣ z̤̣aalimoona fee ḍalaalim mubeen.

    މިބަޔާންވެދިޔަ ތަކެއްޗަކީ ﷲ ގެ ހެއްދެވުމެވެ. ﷲ ހެއްދެވިތަކެއްޗެވެ. (އޭ مشرك ންނޭވެ!) ﷲ ފިޔަވައި ތިޔަބައިމީހުން ތިޔައަޅުކަންކުރާ ތަކެތި (ބުދުތަކާއި އަދި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ އެންމެހައިތަކެތި) ހެއްދެވީ ކޮންއެއްޗެއްހެއްޔެވެ؟ އެތަކެތި އެހެއްދެވި އެއްޗެއް އަހުރެންނަށް ނިކަން ދައްކައިބަލާށެވެ. އަދި ކިއެއްހެއްޔެވެ؟ އަނިޔާވެރިން އެވަނީ بَيَان ވެގެންވާ މަގުފުރެދުމެއްގައެވެ.

  12. 12

    وَلَقَدْ ءَاتَيْنَا لُقْمَـٰنَ ٱلْحِكْمَةَ أَنِ ٱشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ حَمِيدٌ

    Wa-laq̣ad ʹaataynaa Luq̣maanal Ḥikmata ʹanish kur lillaah. Wa-mañy yashkur faʹinnamaa yashkuru linafsih: wa-mañ kafara faʹinnal laaha G̣aniyyun Ḥameed.

    އަދި ހަމަކަށަވަރުން لُقْمَان ގެފާނަށް ތިމަންރަސްކަލާނގެ حكمة ދެއްވީމެވެ. (އެއީ فِقه ވެރިކަމާއި ބުއްދި ހަރުދަނާކަމާއި ބަސްބުނުމުގެ ސީދާކަމެވެ. އަދި އެހެންގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. والله أعلم) އެއީ އެކަލޭގެފާނު ﷲ އަށް شكر ކުރެއްވުމަށެވެ. އަދި شكر ކުރާމީހަކު އެކުރާ شكر އެއީ އެމީހެއްގެ އަމިއްލަ نفس އަށެވެ. އެކަމުގެ ދަރުމަޔާއި ثواب ހުރީ ހަމަ އެމީހަކަށެވެ. އަދި ކާފަރުވެއްޖެ މީހާ ދަންނައެވެ. (އޭނާގެ އެކާފަރުކަމުގެ ނުބައިކަން ހުންނާނީ ހަމައޭނާއަށެވެ. އެކަމުން ﷲ އަށް ވާނެ ގެއްލުމެއްނެތެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އަމިއްލަ ޒާތުފުޅަށްވެސް ފުދިވޮޑިގެންވާ އަދި حمد ލިބިވޮޑިގެންވާ ކަލާނގެއެވެ. ދަންނައެވެ. لُقْمَان ގެފާނަކީ عامّ ކޮށް ގިނަ ރިވާޔަތުގައިވާގޮތުން حَبْش ކަރައިގެ ކަޅުމީހެކެވެ. އަޅެކެވެ. صالح މާތް ބޭކަލެކެވެ. نبي ބޭކަލެއްނޫނެވެ. އަދި نبي އެކޭ ބުނިބޭކަލުންވެސް ވެއެވެ. އެކަމަކު صحّ ކަންބޮޑީ އެއީ صالح އަޅެކޭ ބުނުމެވެ. حديث ސާބިތުވަނީ އެގޮތެވެ. والله أعلم.

  13. 13

    وَإِذْ قَالَ لُقْمَـٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَـٰبُنَىَّ لَا تُشْرِكْ بِٱللَّهِ ۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ

    Wa-ʹiẓ q̣aala Luq̣maanu libnihee wa-huwa yaʻiz̤̣uhoo yaabunayya laa- tushrik billaah. ʹInnash shirka laz̤̣ulmun ʻaz̤̣eem.

    އަދި لُقْمَان ގެފާނު އެކަލޭގެފާނުންގެ ދަރިކަލުންނަށް وَعْظُ އާއި نصيحة ދެއްވިހިނދު ވިދާޅުވި ވިދާޅުވުން ހަނދުމަފުޅުކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) އޭ ދަރިފުޅާއެވެ. ކަލޭ ﷲ އާއި شريك ނުކުރާށެވެ! (އެކަލާނގެއާއި އެހެން އެއްވެސް ފަރާތަކާއި ބައިވެރި ނުކުރާށެވެ!) އެހެނީ ހަމަކަށަވަރުން شرك އަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.

  14. 14

    وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حَمَلَتْهُ أُمُّهُۥ وَهْنًا عَلَىٰ وَهْنٍ وَفِصَـٰلُهُۥ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ إِلَىَّ ٱلْمَصِيرُ

    Wa-waṣṣaynal ʹiñsaana biwaalidayh: ḥamalathu ʹummuhoo wahnan ʻalaa wahniñw wafiṣaaluhoo fee ʻaamayni ʹanish kur lee waliwaalidayka ʹilayyal Maṣeer.

    އަދި އިންސާނާ އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ އޭނާއަށް وَصِيَّة ކުރެއްވީމެވެ. أمر ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާޔާއިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަން އުފުލާ حال ގައެވެ. އަދި ދެއަހަރު ހަމަވަންދެން އޭނާއަށް ކިރުދިނުމުގައިވެސް ބަލިކަށިކަން ޖެހުނެވެ. (އަދި އޭނާއަށް ތިމަންރަސްކަލާނގެ އެންގެވީމެވެ.) ތިމަންރަސްކަލާނގެއަށާއި އަދި ކަލޭގެ މައިންބަފައިންނަށް شكر ކުރާށެވެ! އަދި ކަލޭ އެނބުރިއައުން ވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.

  15. 15

    وَإِن جَـٰهَدَاكَ عَلَىٰٓ أَن تُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِى ٱلدُّنْيَا مَعْرُوفًا ۖ وَٱتَّبِعْ سَبِيلَ مَنْ أَنَابَ إِلَىَّ ۚ ثُمَّ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

    Wa-ʹiñ jaahadaaka ʻalaaa ʹañ tushrika bee maa- laysa laka bihee ʻilmuñ falaa tuṭiʻhumaa waṣaaḥibhumaa fid dunyaa maʻroofañw wattabiʻ sabeela man ʹanaaba ʹilayy: s̤umma ʹilayya marjiʻukum faʹunabbiʹukum̃ bimaa kuñtum taʻmaloon.

    އަދި އެކަމަކާއިމެދު ކަލެއަށް އެއްވެސް އެނގުމެއްނެތް ކަމަކާއިމެދު ތިމަންރަސްކަލާނގެއަށް شريك ކުރުމަށް އެދެމީހުން ކަލެއަށް ގަދަހަދައި ބާރުއެޅިޔަސް ފަހެ ކަލޭ އެކަމުގައި އެދެމީހުންނަށް ކިޔަމަން ނުވާށެވެ! އަދި އެކަލާނގެއަށް ނުއުރެދެވޭ ކަންކަމުގައި ކަލޭ ދުނިޔޭގައި އުޅޭއިރު އެދެމީހުންނާއިއެކު ހެޔޮކޮށް ކަންތައްކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް رجوع ވެ توبة ވި މީސްތަކުންގެމަގާއި ކަލޭ تبع ވާށެވެ! ދެން ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން ތިޔަބައިމީހުން ކުރާކަމުގައިވީ ކަންތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވާހުށީމެވެ.

  16. 16

    يَـٰبُنَىَّ إِنَّهَآ إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِى صَخْرَةٍ أَوْ فِى ٱلسَّمَـٰوَٰتِ أَوْ فِى ٱلْأَرْضِ يَأْتِ بِهَا ٱللَّهُ ۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ

    Yaabunayya ʹinnahaaa ʹiñ taku mis̤q̣aala ḥabbatim min khardaliñ fatakuñ fee ṣakhratin ʹaw fis samaawaati ʹaw fil ʹarḍi yaʹti bihal laah: ʹinnal laaha Laṭeefun Khabeer.

    އަދި لقمان ގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިފުޅާއެވެ! އެޢަމަލެއްވީނަމަވެސް (އެބަހީ: ހެޔޮކަން ނުވަތަ ނުބައިކަންވީނަމަވެސް) ރެވިއޮށްޓަރެއްގެ ބަރުމިނުގެ މިންވަރުކަމުގައި ދެން އެއެތި އުޑުތަކުގައި ނުވަތަ ބިމުގައިވާ ހިލައެއްގެތެރޭގައި ވީނަމަވެސް ﷲ އެކަމެއް (قيامة ދުވަހުން ގެންނަވާނެއެވެ. ހަމަކަށަވަރުން ﷲ އީ ނުހަނު އޯގާވަންތަ އަދި خبر ތައް މޮޅަށް ދެނެވޮޑިގެންވާ އަދި އެ خبر ތައް އަންގަވާ ރަސްކަލާނގެއެވެ.

  17. 17

    يَـٰبُنَىَّ أَقِمِ ٱلصَّلَوٰةَ وَأْمُرْ بِٱلْمَعْرُوفِ وَٱنْهَ عَنِ ٱلْمُنكَرِ وَٱصْبِرْ عَلَىٰ مَآ أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ

    Yaa bunyya ʹaq̣imiṣ-Ṣalaata waʹmur bilmaʻroofi wanha ʻanil muñkari waṣbir ʻalaa maaa ʹaṣaabak: ʹinna ẓaalika min ʻazmil ʹumoor.

    އޭ އަހުރެންގެ ދަރިފުޅާއެވެ! ކަލޭ ނަމާދު قائم ކުރާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރާށެވެ! އަދި منكراة ތައް ނަހީކުރާށެވެ! މަނާކުރާށެވެ! އަދި (އެކަންކުރުމުގައި) ދިމާވާ ދަތިއުނދަގޫތަކަށް ކަލޭ ކެތްތެރިވާށެވެ! ހަމަކަށަވަރުން އެކަންތަކަކީ يعني: مصيبة އަށް ކެތްކުރުމީ ﷲ އަންގަވާފައިވާ عَزِيْمَة ގެތެރެއިންވާ ކަމެކެވެ. ކޮންމެހެން ކުރަންޖެހޭ ކަންކަމުގެތެރެއިން ކަމެކެވެ.

  18. 18

    وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ

    Wa-laa tuṣaʻʻir khaddaka linnaasi wa-laa tamshi fil ʹarḍi maraḥaa; ʹInnal laaha laa- yuḥibbu kulla mukhtaaliñ fakhoor.

    (އޭއަހުރެންގެ ދަރިފުޅާއެވެ!) ބޮޑާވެ ކިބުރުވެރިވެގެން ކަލޭގެ ބޯ މީސްތަކުންނާއި ދުރަށް އަނބުރައި ނުލާށެވެ! (މީހުން ދައްކާވާހަކަ އެހުމަށް މީސްތަކުންނާއި ކުރިމަތިލާށެވެ!) އަދި ބިމުގައި ހިނގާއިރު ބޮޑާވެ كبر ވެރިނުވާށެވެ! ހަމަކަށަވަރުން ބޮޑާވެ فخر ވެރިވާ އެއްވެސްމީހަކަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.

  19. 19

    وَٱقْصِدْ فِى مَشْيِكَ وَٱغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ ٱلْأَصْوَٰتِ لَصَوْتُ ٱلْحَمِيرِ

    Waq̣ṣid fee mashyika wag̣ḍuḍ miñ ṣawtik; ʹinna ʹañkaral ʹaṣwaati laṣawtul ḥameer.

    އަދި ކަލޭގެ ހިނގުމުގައި ކަލޭ މެދުމިން ކުރާށެވެ! (މާބާރަށްވެސް އަދި މާމަޑުންވެސް ނުހިނގާށެވެ!) މެދުމިނަށް ހިނގާށެވެ. އަދި ވާހަކަދެއްކުމުގައި އަޑުމަޑުކުރާށެވެ! ހަމަކަށަވަރުން އެންމެ ހުތުރުއަޑަކީ ކަނޑައެޅިގެން އެއީحِمَار ގެއަޑެވެ.

  20. 20

    أَلَمْ تَرَوْا۟ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُۥ ظَـٰهِرَةً وَبَاطِنَةً ۗ وَمِنَ ٱلنَّاسِ مَن يُجَـٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَـٰبٍ مُّنِيرٍ

    ʹAlam taraw ʹannal laaha sakhkhara lakum maa fis samaawaati wa-maa fil ʹarḍi wa-ʹasbag̣a ʻalaykum niʻamahoo z̤̣aahiratañw wa baaṭinah? Wa-minan naasi mañy yujaadilu fil laahi big̣ayri ʻilmiñw walaa hudañw walaa kitaabim muneer.

    (އޭ މީސްތަކުންނޭވެ!) އުޑުތަކާއި ބިމުގައިވާހާތަކެތި ތިޔަބައިމީހުންނަށްޓަކައި ހަމަކަށަވަރުން ﷲ ކިޔަމަންކުރައްވާފައިވާކަން ތިޔަބައިމީހުންނަށް ނޭނގޭބާވައެވެ؟ އެކަން ތިޔަބައިމީހުން ނުދެކެނީބާވައެވެ؟ ﷲ ގެ نعمة ތަކުގެތެރެއިން ބޭރަށް ފާޅުވާ نعمة އާއި އެތެރެފުށުގައި ވަންހަނާވެގެންވާ نعمة ތައްވެސް އެކަލާނގެ ކަލޭމެނަށް ދެއްވާ ދަރުމަކުރެއްވިއެވެ. އެތެރެފުށުގެ نعمة އަކީ (لا إله إلاّ ﷲ މި كلمة ފުޅާއި ހިތުގެ معرفة ވެރިކަމާއި إعتقاد ކަމުގައި ބުނެވުނެވެ. އަދި އެހެންގޮތްގޮތަށްވެސް ބުނެވުނެވެ. والله أعلم) އަދި އެއްވެސް علم އެއް ތެދުމަގެއްނެތި އަދި ފޮތެއްގެ އެއްވެސް އަލިކަމެއް دليل އެއްނެތި ﷲ އާއިމެދު جَدَلُ ކުރާމީހުން (ﷲ ގެ އެއްކައުވަންތަކަމާއި އަޅުކަމާއި ކިޔަމަންތެރިކަން އެކަލާނގެއަށް إخلاص ތެރިކުރުމާއިމެދު جدل ކުރާމީހުން މީސްތަކުންގެ ތެރޭގައިވެއެވެ.)

  21. 21

    وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ٱلشَّيْطَـٰنُ يَدْعُوهُمْ إِلَىٰ عَذَابِ ٱلسَّعِيرِ

    Wa-ʹiẓaa q̣eela lahumut tabiʻoo maaa ʹañzalal laahu q̣aaloo bal nattabiʻu maa- wajadnaa ʻalayhi ʹaabaaaʹanaa. ʹAwalaw kaanash Shayṭaanu yadʻoohum ʹilaa ʻaẓaabis Saʻeer?

    އަދި ﷲ ބާވައިލެއްވި ތަކެއްޗާއި ކަލޭމެން تبع ވާށޭ! އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެން تبع ވާނީ އެގޮތެއްގެމަތީގައި އަހުރެމެންގެ ކާބަފައިން އުޅެނިކޮށް އަހުރެމެން ދުއްގޮތާއިއެވެ. އަޅެފަހެ شيطان އާ އެމީހުންނަށް އަނދައަނދާހުރި އަލިފާނުގެ عذاب އަށް ވަނުމަށް ގޮވިޔަސް ހެޔޮހެއްޔެވެ؟ ކާބަފައިންނާ تبع ވާންވީހެއްޔެވެ؟

  22. 22

    ۞ وَمَن يُسْلِمْ وَجْهَهُۥٓ إِلَى ٱللَّهِ وَهُوَ مُحْسِنٌ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ ۗ وَإِلَى ٱللَّهِ عَـٰقِبَةُ ٱلْأُمُورِ

    Wa-mañy yuslim wajhahooo ʹilal laahi wa-huwa Muḥsinuñ faq̣adis tamsaka bilʻurwatil wus̤q̣aa: wa-ʹilal laahi ʻAaq̣ibatul ʹumoor.

    އަދި އެމީހަކު إحسان ތެރިވެގެންވާ حال އަޅުކަމުގެގޮތުން އެމީހެއްގެމޫނު ﷲ ގެ حضرة އަށް ކިޔަމަންތެރިކޮށްފި މީހާ ދަންނައެވެ. ހަމަކަށަވަރުން ގަދަވެގެންވާ އުޅަށްގަނޑެއްގައި އެމީހުން ހިފަހައްޓައިފިއެވެ. މިބަހުގެ މުރާދަކީ إخْلآص ތެރިކަމާއި އެކު ﷲ އަށްކިޔަމަންތެރިވެ އެކަލާނގެއަށް އަޅުކަންކުރުމުގެ ވާހަކައެވެ. ﷲ ގެ ރުހިވޮޑިގަތުމުގައި އޭނާ ހިފައިފިއެވެ. އެއީ ގަދަ ގުޅުމެކެވެ. އަދި އެންމެހައި ކަމެއްގެ ފަހުކޮޅު (ހެވަސް ނުބަޔަސް) ވަނީ ﷲ ގެ حضرة އަށެވެ.

  23. 23

    وَمَن كَفَرَ فَلَا يَحْزُنكَ كُفْرُهُۥٓ ۚ إِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُم بِمَا عَمِلُوٓا۟ ۚ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ

    Wa-mañ kafara falaa yaḥzuñka kufruh: ʹilaynaa Marjiʻuhum fanunabbiʹuhum̃ bimaa ʻamiloo: ʹinnal laaha ʻAleemum biẓaatiṣ ṣudoor.

    (އޭ رسول ﷲ އެވެ!) އަދި ކާފަރުވެއްޖެމީހާ ދަންނައެވެ. އެމީހާގެ رجوع ވުން قيامة ދުވަހުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. އަދި އޭނާގެ ކާފަރުކަމުގެ ސަބަބުން ކަލޭގެފާނު ހިތާމަފުޅުވިޔަ ނުދެއްވާށެވެ. އެމީހުން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން އެމީހުން ދުނިޔޭގައި ކުރި عمل ގެ خبر ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވާހުށީމެވެ. ހަމަކަށަވަރުން ﷲ އީ ހިތްތަކުގައި ވަންހަނާވެ ފޮރުވިފައިވާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.

  24. 24

    نُمَتِّعُهُمْ قَلِيلًا ثُمَّ نَضْطَرُّهُمْ إِلَىٰ عَذَابٍ غَلِيظٍ

    Numattiʻuhum q̣aleelañ s̤umma naḍṭarruhum ʹilaa ʻaẓaabin g̣aleez̤̣.

    އެމީހުންނަށް ތިމަންރަސްކަލާނގެ ކުޑަތަންކޮޅެއް ދޭހުށީމެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންނަށް މަޖްބޫރުކުރުވާނީ ވަރަށް ގަދަވެގެންވާ عذاب އަކަށް ވަނުމަށެވެ. އެއީ قيامة ދުވަހުންނެވެ.

  25. 25

    وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ قُلِ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

    Wa-laʹiñ saʹaltahum man khalaq̣as samaawaati wal-ʹarḍa layaq̣oolunnal laah. Q̣ulil Ḥamdu lillaah! Bal ʹaks̤aruhum laa- yaʻlamoon.

    (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު އެމީހުންކުރެން يعني: އެ مشرك ންކުރެން އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ އަހައިފިއްޔާ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ކިޔެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުންނަކަށް (حمد އާއި تعريف حقّ ވެގެންވަނީ ކާކަށްކަމެއް) ނޭނގެއެވެ.

  26. 26

    لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ

    Lillaahi maa- fis samaawaati wal-ʹarḍ: ʹinnal laaha Huwal G̣aniyyul Ḥameed.

    އުޑުތަކާއި ބިމުގައިވާހާތަކެތި خاصّ ވެ مِلْكُ ވެގެންވަނީ ހަމަ ﷲ އަށެވެ. ހަމަކަށަވަރުން ﷲ އީ (މީސްތަކުންކުރާ އަޅުކަންފިޔަވައި) އަމިއްލަ ذَاتُ ފުޅަށްވެސް ފުދިވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެ (خلق ތަކުންނަށްދެއްވާ نعمة ތަކަށް) حمد ލިބިވޮޑިގެންވާ ކަލާނގެއެވެ.

  27. 27

    وَلَوْ أَنَّمَا فِى ٱلْأَرْضِ مِن شَجَرَةٍ أَقْلَـٰمٌ وَٱلْبَحْرُ يَمُدُّهُۥ مِنۢ بَعْدِهِۦ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَـٰتُ ٱللَّهِ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ

    Walaw ʹannamaa- fil ʹarḍi miñ shajaratin ʹaq̣laamuñw wal-baḥru yamudduhoo mim baʻdihee sabʻatu ʹabḥurim maa nafidat Kalimaatul laah: ʹinnal laaha ʻAzeezun Ḥakeem.

    އަދި ބިމުގައިވާ އެންމެހައި ގަހަކީ ގަލަންކަމުގައި ވެފައި ކަނޑު އެއީ ދެލިކަމުގައިވެފައި އަދި އޭގެ އިތުރަށް ހަތްކަނޑު އިތުރުކުރެވުނުކަމުގައިވެފައި އެގަލަންތަކުން ލިޔެވި ދެލިކަމުގައިވާ އެކަނޑުތައް ހުސްވިނަމަވެސް ﷲ ގެ كلمة ފުޅުތައް ހުސްނުވާނެއެވެ. ހަމަކަށަވަރުން ﷲ އީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ.

  28. 28

    مَّا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍ وَٰحِدَةٍ ۗ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ

    Maa- khalq̣ukum wa-laa baʻs̤ukum ʹillaa kanafsiñw waaḥidah: ʹinnal laaha Sameeʻum Baṣeer.

    ތިޔަބައިމީހުން (އެންމެން) ހެއްދެވުމާއި އަދި ތިޔަބައިމީހުން محشر އަށް ފޮނުއްވުމާއި މިކަންކަން (ﷲ ގެ نِسبة ގައި) ހަމައެންމެ نفس އެއްފަދައެވެ. އެބަހީ: އެންމެ نفس އެއް ހައްދަވައި محشر އަށް ފޮނުއްވުންފަދައެވެ. އެހާވެސް ފަސޭހައެވެ. ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

  29. 29

    أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِىٓ إِلَىٰٓ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ

    ʹAlam tara ʹannal laaha yoolijul layla fin nahaari wa-yoolijun nahaara fil layli wa-sakhkharash shamsa wal-q̣amar: kulluñy yajreee ʹilaaa ʹajalim musammañw waʹannal laaha bimaa taʻmaloona khabeer?

    ހަމަކަށަވަރުން ﷲ تعالى ދުވާލުގެތެރެއަށް ރޭގަނޑު ވައްދަވާކަން (އެބަހީ: ދުވާލު ދިގުކުރައްވައި ރޭގަނޑު މަދުކުރައްވާކަން އަދި ރޭގަނޑުގެތެރެއަށް ދުވާލު ވައްދަވާކަން (އެބަހީ: ރޭގަނޑު ދިގުކުރައްވައި ދުވާލު މަދުކުރައްވާކަން ކަލޭގެފާނު ދެނެވަޑައިގެން ނުވަމުތޯއެވެ. އަދި އިރާއި ހަނދު ކިޔަމަންކުރައްވާފައިވާކަންވެސް ދެނެވަޑައިގެން ނުވަމުތޯއެވެ. އަދި އެއިން ކޮންމެއެއްޗެއް ކަނޑައެޅި عيّن ވެގެންވާ ވަގުތަކާއި ހަމައަށް ދުވެއެވެ. އަރާއޮއްސެއެވެ. އަދި ހަމަކަށަވަރުން ﷲ އީ ކަލޭމެން ކުރާހާ ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

  30. 30

    ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ ٱلْبَـٰطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ

    Ẓaalika biʹannal laaha Huwal Ḥaq̣q̣u waʹanna maa- yadʻoona miñ doonihil Baaṭilu wa-ʹannal laaha Huwal ʻAliyyul Kabeer.

    އެކަންކަން އެހެން އެހިންގަވަނީ ހަމަކަށަވަރުން ﷲ އެއީ ހަމަ حقّ ކަމުގައިވާކަމެވެ. (حقّ إله ކަމުގައި ވާތީއެވެ.) އަދި مشرك ން إله ންކަމުގައި ހަދައިގެން އެއުޅޭ ބުދުތަކަކީ باطل ކަމުގައިވާކަމެވެ. އަދި ހަމަކަށަވަރުން ﷲ އީ މަތިވެރިވެވޮޑިގެންވާ ހައިބަބޮޑުވެގެންވާ ކަލާނގެއެވެ.

  31. 31

    أَلَمْ تَرَ أَنَّ ٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِنِعْمَتِ ٱللَّهِ لِيُرِيَكُم مِّنْ ءَايَـٰتِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ

    ʹAlam tara ʹannal fulka tajree fil baḥri biniʻmatil laahi liyuriyakum min ʹAayaatih? ʹInna fee ẓaalika laʹAayaatil likulli ṣabbaariñ shakoor.

    (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަނޑުގައި އަދި މޫދުގައި ނައުފަހަރު (މޫދުގައިދުވާ އުޅަނދުފަހަރު) ދުވާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެކަން އެނގިވަޑައި ނުގަންނަވައިތޯއެވެ؟ އެއީ ﷲ ގެ نعمة ންނެވެ. (އެކަން އެހެން އެހިންގަވަނީ) އެކަލާނގެ قدرة ތެރިކަމުގެ علامة ތަކުގެތެރެއިން ބައެއް علامة ކަލޭމެނަށް ދެއްކެވުމަށެވެ. ހަމަކަށަވަރުން ގިނަގިނައިން شكر ކުރާ އަދި ގިނަގިނައިން ކެތްތެރިވާ އަޅަކަށް އެކަމުގައި ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ.

  32. 32

    وَإِذَا غَشِيَهُم مَّوْجٌ كَٱلظُّلَلِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ فَمِنْهُم مُّقْتَصِدٌ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا كُلُّ خَتَّارٍ كَفُورٍ

    Wa-ʹiẓaa g̣ashiyahum mawjuñ kaz̤̣z̤̣ulali daʻawul laaha Mukhliṣeena lahud deen. Falammaa najjaahum ʹilal barri faminhum muq̣taṣid. Wa-maa yajḥadu biʹAayaatinaaa ʹillaa kullu khattariñ kafoor!

    އަދި ހިޔާގަނޑުފަދަ (ނުވަތަ ވިލާގަނޑުފަދަ) ބޮޑުރާޅު އެމީހުން ނިވައިކޮށްލައި (غرق ވެދާނެކަމަށް ހީވަންޏާ) އަޅުކަމާއި ކިޔަމަންތެރިކަން އެކަލާނގެއަށް إخلاص ތެރިކުރާ حال އެމީހުން ﷲ އަށް دعاء ކޮށް ގޮވާހަދައެވެ. ދެން އެމީހުން ހިކިފަސްތާކަށް ތިމަންރަސްކަލާނގެ ލައްވައި އެމީހުން ސަލާމަތް ހަމަކުރައްވައިފިއްޔާ ފަހެ އެމީހުންގެތެރޭގައި عدل ވެރި ބަސްބުނިމީހުންވެސް ތިބެއެވެ. (ތިމާމެންނަށް ކަންބޮޑުވީމާ ﷲ އަށް دعاء ކޮށްހެދިފަދައިންއެބަސްމަތީސީދާކޮށް ތިބިމީހުންވެއެވެ. ނަމަވެސް ގިނަމީހުންމަކަރުހަދައި އެކަލާނގެއަށް ކާފަރުވެއެވެ.) ފަހެ ކޮންމެ މަކަރުވެރި އަދި ގިނަގިނައިން ކާފަރުވާބަޔަކުމެނުވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދައި އިންކާރު ނުކުރެއެވެ.

  33. 33

    يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ وَٱخْشَوْا۟ يَوْمًا لَّا يَجْزِى وَالِدٌ عَن وَلَدِهِۦ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيْـًٔا ۚ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ

    Yaaaʹayyuhan naasut taq̣oo Rabbakum wakhshaw yawmal laa yajzee waalidun ʻañw waladihee wa-laa mawloodun huwa jaazin ʻañw waalidihee shayʹaa. ʹInna waʻdal laahi ḥaq̣q̣uñ falaa tag̣urrannakumul ḥayaatud dunyaa: wa-laa yag̣urrannakum̃ billaahil G̣aroor.

    އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިޔަބައިމީހުންގެ ربّ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި އެއްވެސް ބަފަޔަކުގެފަރާތުން އޭނާގެ ދަރިއަކަށް ކަމެއް ފުއްދައިނުދެވޭ އަދި އެއްވެސް ދަރިއަކު އޭނާގެ ބައްޕައަށް އެއްވެސްކަމެއް ފުއްދައިނުދޭ ދުވަހަކަށް (قيامة ދުވަހަށް) ތިޔަބައިމީހުން ބިރުވެތިވާށެވެ! އެއީ ނައިސްނުދާނޭ ދުވަހެކެވެ. އެއީ ﷲ ގެ وعد ފުޅެވެ. ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ ތެދެވެ. އަދި ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރުވިޔަ ނުދޭށެވެ! އަދި ﷲ ގެ ރަސްކަންފުޅުގެ ފަރާތުން شيطان ތިޔަބައިމީހުން ހެއްލުންތެރިކުރުވިޔަ ނުދޭށެވެ.

  34. 34

    إِنَّ ٱللَّهَ عِندَهُۥ عِلْمُ ٱلسَّاعَةِ وَيُنَزِّلُ ٱلْغَيْثَ وَيَعْلَمُ مَا فِى ٱلْأَرْحَامِ ۖ وَمَا تَدْرِى نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِى نَفْسٌۢ بِأَىِّ أَرْضٍ تَمُوتُ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۢ

    ʹInnal laaha ʻiñdahoo ʻilmus Saaʻah. Wa-yunazzilul g̣ays̤a wayaʻlamu maa- fil ʹarḥaam. Wa-maa tadree nafsum maaẓaa taksibu g̣adaa: wamaa tadree nafsum biʹayyi ʹarḍiñ tamoot. ʹInnal laaha ʻAleemun khabeer.

    ހަމަކަށަވަރުން اقيامة ވާނެވަގުތެއް އަދި އޭގެ އެނގުން އަދި އެކަމުގެ علم ވަނީ ހަމައެކަނި އެކަލާނގެ حضرة ގައެވެ. އަދި ވާރޭވެހުމާއި އަދި އެކަމާއިބެހޭ އެންމެހައި އެނގުމާއި އަދި އަންހެނުންގެ رَحِم ގެ ތެރޭގައިވާ އެންމެހައި ކަންކަމުގެ علم އާއި މިއެންމެހައިކަމެއްގެ އެނގުންވަނީ ހަމައެކަނި ﷲ އަށް خاصّ ވެގެންނެވެ. އަދި މާދަމާ ކުރާނީ ކޮންކަމެއްކަންވެސް ހަމައެއްވެސް نفس އަކަށް ނޭނގޭނެއެވެ. (އެކަމުގެ علم ވެސް خاصّ ވެގެންވަނީ ހަމައެކަނި ﷲ އަށެވެ.) އަދި ތިމާ މަރުވާނީ ކޮން ބިމެއްގައިކަންވެސް ހަމައެއްވެސް نفس އަކަށް ނޭނގެއެވެ. (އެކަމުގެ علم ވެސް خاصّ ވެގެންވަނީ ހަމައެކަނި ﷲ އަށެވެ. ހަމަކަށަވަރުން ﷲ އީ ދެނެވޮޑިގެންވާ އަދި خبر ތައް އަންގަވާނެ ކަލާނގެއެވެ. • ދަންނައެވެ. މިއާޔަތުގައި بيان ވެގެންވާ މިވާ ފަސްކަމަކީ އެކަންކަމުގެ އެނގުން ހަމައެކަނި ﷲ ނޫންފަރާތަކަށް އެނގިގެންނުވާ ފަސްކަމެވެ. އެކަންކަމަށް مَفَاتِيحُ الغَيْب يعني: (غَيْبُ ގެ ތަޅުދަނޑިތައް) މިނަމުން ކިއިގެންވެއެވެ. والله أعلم.