-
1
الٓمٓ
ʹAlif-Laaam-Meeem.
الم މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
-
2
أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ
ʹAḥasiban naasu ʹañy yutrakooo ʹañy yaq̣oolooo ʹaamannaa Wahum laa- yuftanoon?
ތިމާމެން މިތިބީ إيمان ވެގެންނޭ ބުނީމާ އެމީހުން إمتحان ނުކުރެވި އެމީހުން ދޫކުރައްވާނޭކަމަށް މީސްތަކުން ހީކުރަނީހެއްޔެވެ؟ (އެހެން ނުވާނެއެވެ. إيمان ވެގެންނޭ ބުނި އެންމެންގެ إيمان ކަން ތިމަންރަސްކަލާނގެ ޗެކްކުރައްވާ إمتحان ކުރައްވާ ހުށީމެވެ. ބިރުވެރިކަމާއި ބަލިމަޑުކަންފަދަ ކަންކަން ޖައްސަވައިގެން މީސްތަކުން إمتحان ކުރައްވާހުށީމެވެ.)
-
3
وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَـٰذِبِينَ
Wa-laq̣ad fatannal laẓeena miñ q̣ablihim falayaʻlamannal laahul laẓeena ṣadaq̣oo wa-la-yaʻlamannal kaaẓibeen.
އަދި ހަމަކަށަވަރުން މިމީހުންގެކުރިން އިސްވެދިޔަ أمّة ތަކުގެ މީސްތަކުންވެސް ތިމަންރަސްކަލާނގެ إمتحان ކުރެއްވީމެވެ. އަދި އެމީހުންގެތެރެއިން އެމީހުންގެ އެބުނި ބަހުގައި (ތިމާމެން މިތިބީ إيمان ވެގެންނޭ ބުނި ބަހުގައި) ތެދިވެރިވީ ކޮންބައެއްކަމާއި ދޮގުހެދީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (އަދި ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ އެ ދެނެވޮޑިގަތުން ފައުޅުކުރައްވާހުށީމެވެ.)
-
4
أَمْ حَسِبَ ٱلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ أَن يَسْبِقُونَا ۚ سَآءَ مَا يَحْكُمُونَ
ʹAm ḥasibal laẓeena yaʻmaloonas sayyiʹaati ʹañy yasbiq̣oonaa? Saaaʹa maa- yaḥkumoon!
އަދި ނުބައިކަންތައްތައް ކުރަމުންދާމީހުން ތިމަންރަސްކަލާނގެއަށް އަތުނުވެ ދެވިދާނެކަމަށް - ތިމަންރަސްކަލާނގެ ނުކުޅައްދައި ލެވިދާނެކަމަށް - އެމީހުން ހީކުރަނީހެއްޔެވެ؟ އެހެންކަމަށް އެމީހުން ނިންމައި حكم ކުރިކަމަށް ވަންޏާ އެމީހުންގެ حكم ގެ ނުބައިކަމާއެވެ!
-
5
مَن كَانَ يَرْجُوا۟ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَـَٔاتٍ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
Mañ Kaana yarjoo liq̣aaa ʹallaahi faʹinna ʹAjalal laahi laʹaat; wa-Huwas Sameeʻul ʻAleem.
(قيامة ދުވަހުން) ﷲ އާއި ބައްދަލުވުމަށްއެދޭ މީހާ (ނުވަތަ ބިރުވެތިވާމީހާ) ދަންނައެވެ. ފަހެ ހަމަކަށަވަރުން ﷲ ކަނޑައަޅުއަވާފައިވާ އަޖަލު - (އެބަހީ: މީސްތަކުން މަރުވުމަށްފަހު محشر އަށް ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ މުއްދަތު) ކަނޑައެޅިގެން އަންނަހުއްޓެވެ. އެމީހަކު އެކަލާނގެއާއި ބައްދަލުވާހުއްޓެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
6
وَمَن جَـٰهَدَ فَإِنَّمَا يُجَـٰهِدُ لِنَفْسِهِۦٓ ۚ إِنَّ ٱللَّهَ لَغَنِىٌّ عَنِ ٱلْعَـٰلَمِينَ
Wa-mañ jaahada faʹinnamaa yujaahidu linafsih; ʹinnal laaha la-G̣aniyyun ʻanil ʻaalameen.
އަދި (ﷲ ގެ މަގުގައި) جِهَادُ ކޮށް ހަނގުރާމަކުރާ މީހާ އޭނާ އެ ހަނގުރާމަކުރަނީ އޭނާގެ نفس އަށެވެ. (އެބަހީ: އެކަމުގެ ދަރުމަޔާ ثواب ހުންނަހުރީ ހަމަ އޭނާއަށެވެ.) ހަމަކަށަވަރުން ﷲ އީ عالم ތައް ފިޔަވައި ދުރުވެ ފުދިވޮޑިގެންވާ ކަލާނގެއެވެ.
-
7
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ ٱلَّذِى كَانُوا۟ يَعْمَلُونَ
Wallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lanukaffiranna ʻanhum sayyiʹaatihim wa-lanajziyannahum ʹaḥsanal laẓee kaanoo yaʻmaloon.
އަދި އީމާންވެގެން صالح عمل ކުރި މީސްތަކުން ދަންނައެވެ. ހަމަކަށަވަރުން އެމީހުންގެ ކުށްފާފަތައް ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި އެމީހުން ކުރާކަމުގައިވި ރަނގަޅު ހެޔޮކަންތައްތަކަށް އެއަށްވުރެ ހެޔޮދަރުމަ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވާހުށީމެވެ.
-
8
وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حُسْنًا ۖ وَإِن جَـٰهَدَاكَ لِتُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌ فَلَا تُطِعْهُمَآ ۚ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
Wa-waṣṣaynal ʹiñsaana biwaalidayhi ḥusnaa: wa-ʹiñ jaahadaaka litushrika bee maa- laysa laka bihee ʻilmuñ falaa tuṭiʻhumaa. ʹIlayya marjiʻukum faʹunabbiʹukum̃ bimaa kuñtum taʻmaloon.
އަދި އިންސާނާ އޭނާގެ މައިންބަފައިންނާއިމެދު إحْسَان ތެރިވެ ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ އިންސާނާއަށް أمر ކުރެއްވީމެވެ. (އޭ އިންސާނާއެވެ!) ކަލެއަށް އެކަމަކާއިމެދު އެއްވެސް އެނގުމެއްނެތް ކަމެއްގައި ތިމަންރަސްކަލާނގެއާއި އެހެން ފަރާތަކާއި شريك ކުރުމަށް އެދެމީހުން ކަލެއަށް أمر ކޮށް ގަދަހަދާނަމަ ފަހެ އެކަމުގައި ކަލޭ އެދެމީހުންނަށް ކިޔަމަން ނުވާށެވެ. (އެހެން ކަންކަމުގައި އެދެމީހުންނަށް ކިއަމަންވެ إحسان ތެރިވާށެވެ.) ތިޔަބައިމީހުން އެނބުރު އައުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ދުނިޔޭގައި) ކުރި ކަންތައްކުގެ خبر ތިޔަބައިމީހުންނަށް އަންގާހުށީމެވެ. އަދި އެކަމުގެ ފުރިހަމަ جزاء ދެއްވާހުށީމެވެ!
-
9
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُدْخِلَنَّهُمْ فِى ٱلصَّـٰلِحِينَ
Wallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lanudkhilannahum fiṣ Ṣaaliḥeen.
އަދި إيمان ވެގެން صالح عمل ތައްކުރި މީހުން ދަންނައެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން صالح އަޅުންގެތެރެއަށް ވައްދަވާހުށީމެވެ. ނުވަތަ صالح އަޅުން ވައްދަވާ ތަނަށް އެމީހުން ވައްދަވާހުށީމެވެ. އެއީ ސުވަރުގެއެވެ.
-
10
وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِىَ فِى ٱللَّهِ جَعَلَ فِتْنَةَ ٱلنَّاسِ كَعَذَابِ ٱللَّهِ وَلَئِن جَآءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ ٱللَّهُ بِأَعْلَمَ بِمَا فِى صُدُورِ ٱلْعَـٰلَمِينَ
Wa-minan naasi mañy yaq̣oolu ʹaamannaa billaahi faʹiẓaaa ʹooẓiya fil laahi jaʻala fitnatan naasi kaʻAẓaabil laah! Wa-laʹiñ jaaaʹa naṣrum mir Rabbika layaq̣oolunna ʹinnaa kunnaa maʻakum! ʹA-walaysal laahu biʹaʻlama bimaa fee ṣudooril ʻaalameen?
އަދި މީސްތަކުންގެތެރޭގައި ތިމަންނާމެން މިތިބީ ﷲ އަށް إيمان ވެގެންނޭ ބުނާބަޔަކު ވެއެވެ. ދެންފަހެ ﷲ ގެ މަގުގައި އެމީހުންނަށް އުނދަގުލެއް ދިމާވެއްޖެއްޔާ މީސްތަކުންގެ ފަރާތުން ލިބޭ އުނދަގުލާއި فِتْنَة ވެރިކަން ﷲ ގެ عذاب ފަދައިން ހަދައިލަފާނެއެވެ. (އެބަހީ: މީސްތަކުން މަލާމާތްކޮށް ސަރުކާރުން ކުށްވެރިކޮށް ޖަލަށްލާ ހަދާފާނެކަމަށްލަފާކޮށް (ނުވަތަ އެފަދަ އަދަބު ލިބޭތީ ތިމާއަށް حقّ ވެގެންވާ عمل ނުކޮށް ދޫކޮށްލައެވެ.) މިޒަމާނަކަށް އައިސް ކިޔަވައިގެންތިބޭ ގިނަ عالم ންގެ حال ހުރީވެސް މިފަދައިންނެވެ. ތިމާގެކުރިމަތިން منكراة ތައް ހިނގަމުންދާއިރުވެސް އެއްބައިވަންތަކަން ގެއްލިދާނެކަމުގެ ބަހަނާގައި ނުވަތަ ތިމާއީ ހަރުކަށިމީހެކޭ ބުނެފާނެތީ، ސަރުކާރުގެ ޕޮލިސީއާއި ދިމާނުވާތީ، ނުވަތަ ޖަލަށްލައިފާނެތީ ހަމައަޅައިވެސް ނުލައި ހުރެދެއެވެ. އަދި ބައެއްފަހަރު ތިމާވެސް އެކަމުގައި ބައިވެރިވެއެވެ. ﷲ ގެ عذاب އާއި ކޯފާއަށްވުރެ މީސްތަކުންގެ ފަރާތުން ލިބޭ އުނދަގޫ ބޮޑުކަމަށް ހަދައެވެ. والعياذ ﷲ)\nއަދި ކަލޭގެފާނުންގެ ربّ ގެ حضرة ން ކޮންމެވެސް نصر ވެރިކަމެއް، އަދި ކާމިޔާބީއެއް (مؤمن ންނަށް) އަތުވެއްޖެއްޔާ އިސްވެދިޔަފަދަ މީހުން ބުނާނެހެވެ. އަހުރެމެންވެސް ހަމަކަށަވަރުން ވީ ކަލޭމެންނާއި އެކުގައެވެ. (އެބަހީ: އަހުރެމެންނަކީވެސް ހަމަ ކަލޭމެންކަހަލަ مؤمن ންނެވެ. ކަލޭމެނަށް އޮތް ހެވެއް އަހުރެމެންނަށްވެސް އޮންނާންވާނެއެވެ.) އޭގެ ޖަވާބުގައި ﷲ އެ އަންގަވާ އެންމެހައި މީސްތަކުންގެ ހިތްތަކުގައިވާ ކަންތައްތަކާއި ތަކެތި ﷲ ދެނެވޮޑިގެން ނުވޭހެއްޔެވެ؟ އެބަހީ: އެކަލާނގެ ދެނެވޮޑިގެންވެއެވެ.
-
11
وَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَلَيَعْلَمَنَّ ٱلْمُنَـٰفِقِينَ
Wa-la-yaʻlamannal laahul laẓeena ʹaamanoo wa-la-yaʻlamannal Munaafiq̣een.
އަދި ހަމަކަށަވަރުން مؤمن ން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން منافق ން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ކުރިންވެސް بيان ކުރިފަދައިން ﷲ ގެ عذاب އާއި ކޯފާއަށްވުރެ މީސްތަކުންގެ އުނދަގުލަށް ޖެހިލުންވާމީހާ އެވަނީ منافق ންގެ ލިސްޓުގައި ކަމުގައި މިއާޔަތް ދަލީލު ކުރެއެވެ.
-
12
وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ ٱتَّبِعُوا۟ سَبِيلَنَا وَلْنَحْمِلْ خَطَـٰيَـٰكُمْ وَمَا هُم بِحَـٰمِلِينَ مِنْ خَطَـٰيَـٰهُم مِّن شَىْءٍ ۖ إِنَّهُمْ لَكَـٰذِبُونَ
Wa-q̣aalal laẓeena kafaroo lillaẓeena ʹaamanut tabiʻoo sabeelanaa walnaḥmil khaṭaayaakum. Wa-maa hum̃ biḥaamileena min khaṭaayaahum miñ shayʹ; ʹinnahum lakaaẓiboon!
(مكّة ގެ) ކާފަރުން مؤمن ންނާއި ދިމާއަށް ބުންޏެވެ. ތިޔަބައިމީހުން އަހުރެމެންގެ މަގާއި تَبع ވާށެވެ. (އަހުރެމެންގެ عقيدة ހިފާށެވެ.) އަދި ތިޔަބައިމީހުންގެ ކުށްފާފަތަކުގެ ބުރަ އަހުރެމެން (قِيَامة ދުވަހުން) އުފުލާހުށީމެވެ. (އޭގެ جواب ގައި ﷲ އަންގަވައެވެ.) އެ مؤمن ންގެ ފާފައިގެ ބުރަ އުފުލާނެ ބަޔަކުކަމުގައި އެކާފަރުން ނުވެއެވެ. އޭގެއެއްވެސް މިންވަރެއް އެމީހުން ނުއުފުލާނެއެވެ. ހަމަކަށަވަރުން އެމީހުން އެއީ ދޮގުހަދާ ބަޔެކެވެ.
-
13
وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْـَٔلُنَّ يَوْمَ ٱلْقِيَـٰمَةِ عَمَّا كَانُوا۟ يَفْتَرُونَ
Wa-la-yaḥmilunna ʹas̤q̣aalahum wa-ʹas̤q̣aalam maʻa ʹas̤q̣aalihim, wa-la-yusʹalunna Yawmal Q̣iyaamati ʻammaa kaanoo yaftaroon.
ހަމަކަށަވަރުން (قيامة ދުވަހުން) އެމީހުން އެބަހީ: އެކާފަރުން އެމީހުންގެ ފާފައިގެ ބުރަކަމާއި އަދި އެހެން ބުރަތަކެއްވެސް އުފުލާނެއެވެ. (އެއީ އެމީހުން މަގުފުރެއްދި މީހުންގެ ފާފައިގެ ބުރައެވެ.) އަދި އެމީހުން ދުނިޔޭގައި އުޅުނުއިރު އެމީހުން ދޮގުކުރި ކަންތަކާއިމެދު އެމީހުންނާއި ސުވާލު ވެވޭނެއެވެ.
-
14
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَـٰلِمُونَ
Wa-laq̣ad ʹarsalnaa Nooḥan ʹilaa q̣awmihee falabis̤a feehim ʹalfa sanatin ʹillaa khamseena ʻaamaa; faʹakhaẓahumuṭ Ṭoofaanu wa-hum z̤̣aalimoon.
އަދި ހަމަކަށަވަރުން نوح عليه السّلام އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެމީހުންނަށް رسول ކަން އިއްވެވުމަށް އެމީހުންގެތެރޭގައި ނުވަސަތޭކަ ފަންސާސް އަހަރު ހުންނެވިއެވެ. (ދެން އެމީހުންމީހުން ނުކިޔަމަންތެރިވީހިނދުން) އެބައިމީހުންނަށް طُوفان އައިސް އެމީހުން މަރުވެދިޔައީއެވެ. އެއީ އެމީހުން ކާފަރުވުމުގެ ސަބަބުން އަނިޔާވެރިވެގެންވާ حال ގައެވެ.
-
15
فَأَنجَيْنَـٰهُ وَأَصْحَـٰبَ ٱلسَّفِينَةِ وَجَعَلْنَـٰهَآ ءَايَةً لِّلْعَـٰلَمِينَ
Faʹañjaynaahu wa-ʹAṣḥaabas Safeenati wa-jaʻalnaahaaa ʹAayatal lilʻAalameen!
ފަހެ އެކަލޭގެފާނާއި - އެބަހީ: نوح عليه السّلام އާއި ނަވުގެ އެކުވެރިން އެބަހީ: ނަވުގައިތިބި މީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އެންމެހައި عالم ތަކަށްވާ دليل އެއްކަމުގައި عبرة އެއް ކަމުގައި ތިމަންރަސްކަލާނގެ އެނާކޮޅު ލެއްވީމެވެ. ނުވަތަ އެ قوم ގެ ކާފަރުންނަށް އައި عقوبة އާއިއަދި އެ (وَاقِعَة) އެއީ އެންމެހައި عالم ތަކަށްވާ عبرة އެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
-
16
وَإِبْرَٰهِيمَ إِذْ قَالَ لِقَوْمِهِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
Wa-ʹIbraaheema ʹiẓ q̣aala liq̣awmihiʻ budul laaha wattaq̣ooh. Ẓaalikum khayrul lakum ʹiñ kuñtum taʻlamoon!
(އޭ رسول ﷲ އެވެ!) އަދި إبراهيم عليه السّلام ކަލޭގެފާނު ހަނދުމަފުޅުކުރައްވާ ބައްލަވާށެވެ! އެއީ އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ބިރުވެތިވެ تقوى ވެރިވާށެވެ. ތިޔަބައިމީހުންނަށް އެނގޭނަމަ އެގޮތް ހެޔޮވެގެންވެއެވެ.
-
17
إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَـٰنًا وَتَخْلُقُونَ إِفْكًا ۚ إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ
ʹInnamaa taʻbudoona miñ doonil laahi ʹaws̤aanañwwa takhluq̣oona ʹifkaa. ʹInnal laẓeena taʻbudoona miñ doonil laahi laa- yamlikoona lakum rizq̣añ fabtag̣oo ʻiñdal laahir rizq̣a waʻbudoohu washkuroo lah. ʹIlayhi turjaʻoon.
ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާތަކެއްޗަކީ ހަމަ ބުދެވެ. ނުވަތަ ބުދުގެމާނައިގާވާ ތަކެއްޗެވެ. އެއީ ތިޔަބައިމީހުން ހަދާ ދޮގުތަކެކެވެ. ހަމަކަށަވަރުން ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ ތިޔަބައިމީހުންނަށް އެއްވެސް ރިޒުގެއްވެސް މިލްކުވެގެންވާ ތަކެއްޗެއްނޫނެވެ. ފަހެ ތިޔަބައިމީހުން ﷲ ގެ حضرة ން ރިޒުގަށް އެދޭށެވެ! އަދި އެކަލާނގެއަށް شكر ކުރާށެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.
-
18
وَإِن تُكَذِّبُوا۟ فَقَدْ كَذَّبَ أُمَمٌ مِّن قَبْلِكُمْ ۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ
Wa-ʹiñ tukaẓẓiboo faq̣ad kaẓẓaba ʹumamum miñ q̣ablikum. Wa-maa ʻalar rasooli ʹillal balaag̣ul mubeen.
(އޭ قريش ވަންހައިގެ މީހުންނޭވެ!) ތިޔަބައިމީހުން محمّد ﷺ ދޮގުކުރިޔަސް (އެއީ އަދި އަލަކަށްނޫނެވެ.) ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ أمّة ތަކުގެ މީހުންވެސް (އެމީހުންގާތަށް ފޮނުވުނު رسول ބޭކަލުން) ދޮގުކޮށްފައިވެއެވެ. އަދި بيان ވެގެންވާގޮތުގައި رسول ކަން) އިއްވަ ވައިދެއްވުން މެނުވީ رسول އާގެ މައްޗަކަށް ނުވެއެވެ. (ކަލޭމެން އީމާން ނުވިނަމަ އެކަމުގެ ހަލާކުހުރީ ހަމަ ކަލޭމެނަށެވެ.)
-
19
أَوَلَمْ يَرَوْا۟ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُۥٓ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
ʹA-walam yaraw kayfa yubdiʹul laahul khalq̣a s̤umma yuʻeeduh? ʹInna ẓaalika ʻalal laahi yaseer.
ﷲ خَلق ތަކުން ހައްދަވާން ފައްޓަވާގޮތަށް އެމީހުން ނުބަލަނީބާވައެވެ؟ ހައްދަވާފައިވާގޮތް ނުދެކެނީ ބާވައެވެ؟ ދެން އެ خلق ތަކުން މަރުވުމަށްފަހު އަލުންވެސް އެކަލާނގެ އެ خلق ތަކުން إعاد ކުރައްވާހުއްޓެވެ. ދިރުއްވާ ހުއްޓެވެ. އެއީ އެކަލާނގެއަށް ދާދިފަސޭހަކަމެކެވެ.
-
20
قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْـَٔاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Q̣ul seeroo fil ʹarḍi fañz̤̣uroo kayfa badaʹal khalq̣a s̤ummal laahu yuñshiʹun nashʹatal ʹAakhirah: ʹInnal laaha ʻalaa kulli shayʹiñ Q̣adeer.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިންމަތީގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދާބަލާށެވެ! ދެން އެކަލާނގެ خلق ތަކުން ހައްދަވާން ފައްޓަވާފައިވަނީ އަދި ހައްދަވާފައިވަނީ ކޮންފަދައަކުންތޯ ނިކަން ބަލާ ވިސްނާ ހަދާބަލާށެވެ. ދެން آخرة ގެ ހެއްދެވުން އެބަހީ: މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشر އަށް ފޮނުއްވާހުއްޓެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގެ މައްޗަށް ﷲ تعالى ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
21
يُعَذِّبُ مَن يَشَآءُ وَيَرْحَمُ مَن يَشَآءُ ۖ وَإِلَيْهِ تُقْلَبُونَ
Yuʻaẓẓibu mañy yashaaaʹu wa-yarḥamu mañy yashaaaʹ, wa-ʹilayhi tuq̣laboon.
އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ عذاب ދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ رحمة ލައްވައެވެ. އަދި ތިޔަބައިމީހުން އެނބުރި ދިއުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
-
22
وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ
Wa-maaa ʹañtum̃ bimuʻjizeena fil ʹarḍi wa-laa fis samaaaʹi wa-maa lakum miñ doonil laahi miñw waliyyiñw walaa naṣeer.
އަދި ތިޔަބައިމީހުންނަކީ ބިންމަތީގައިވިއަސް އަދި ނުވަތަ އުޑުގައިވިޔަސް އެކަލާނގެ ނުކުޅައްދައި ލެވޭނޭ ބަޔަކުނޫނެވެ. އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިއަސް އަދި ނަޞްރު ވެރިއަކުވިއަސް ތިޔަބައިމީހުންނަކަށް ނުވެއެވެ.
-
23
وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ وَلِقَآئِهِۦٓ أُو۟لَـٰٓئِكَ يَئِسُوا۟ مِن رَّحْمَتِى وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ
Wallaẓeena kafaroo biʹAayaatil laahi wa-Liq̣aaaʹiheee ʹulaaaʹika yaʹisoo mir raḥmatee wa-ʹulaaaʹika lahum ʻAẓaabun ʹaleem.
އަދި ﷲ ގެ آية ތަކަށް كافر ވެ އަދި އެކަލާނގެއާ ބައްދަލުވުމަށް كافر ވި މީސްތަކުން އެބަހީ: آخرة ދުވަހަށް كافر ވި މީސްތަކުން ދަންނައެވެ. އެމީހުން އެވަނީ ތިމަންރަސްކަލާނގެ رحمة ން أمّيد ކަނޑައި مايوس ވެގެންނެވެ. އަދި އެމީހުންނަށް ހުރީ ހަމަ ވޭންދެނިވި عذاب އެވެ.
-
24
فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱقْتُلُوهُ أَوْ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ
Famaa kaana jawaaba q̣awmiheee ʹillaaa ʹañ q̣aaluq̣ tuloohu ʹaw ḥarriq̣oohu faʹañjaahul laahu minan Naar. ʹInna fee ẓaalika laʹAayaatil liq̣awmiñy yuʹminoon.
ފަހެ އެކަލޭގެފާނުންގެ قوم ގެ މީހުންގެ އެބަހީ: إبراهيم ގެފާނުންގެ قوم ގެ މީހުންގެ جواب އެއް ކަމުގައިވީ އޭގެ އެއްބަޔަކު އަނެއްބަޔަކާ ދިމާއަށް މިފަދައިން ބުނުމެވެ. ތިއަބައިމީހުން އެކަލޭގެފާނު (إبراهيم) قتل ކުރާށެވެ! ނުވަތަ އަލިފާނުން އެކަލޭގެފާނު އަންދާލާށެވެ! ދެންފަހެ ﷲ تعالى އަލިފާނުން އެކަލޭގެފާނު ސަލާމަތްކުރައްވައިފިއެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި إيمان ވާ ބަޔަކަށް ކަނޑައެޅި ބަޔާންވެގެންވާ دليل ތައްވެއެވެ. (މިބައިމީހުން އެކަލޭގެފާނު އަލިފާނަށް ލުމަށް ނުވަތަ قتل ކުރުމަށް ނިންމީ، އެމީހުންގެމައްޗަށް އެކަލޭގެފާނު ގެންނެވި حُجَّة ގަދަކަމުން އެމީހުންގެ އަނގަބެދިގެންނެވެ. ދެން ބުނާނެ އެއްޗެއް ނެތިގެންނެވެ. އެމީހުން އެކަލޭގެފާނު ބޮޑު އަލިފާންގަނޑަކަށްލީއެވެ. ނަމަވެސް ﷲ تعالى އެ އަލިފާންގަނޑުލެއްވީ ފިނި އަދި އެކަލޭގެފާނަށް ސަލާމަތްކަންދޭ އެއްޗަކަށެވެ.)
-
25
وَقَالَ إِنَّمَا ٱتَّخَذْتُم مِّن دُونِ ٱللَّهِ أَوْثَـٰنًا مَّوَدَّةَ بَيْنِكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ يَوْمَ ٱلْقِيَـٰمَةِ يَكْفُرُ بَعْضُكُم بِبَعْضٍ وَيَلْعَنُ بَعْضُكُم بَعْضًا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ
Wa-q̣aala ʹinnamat takhaẓtum miñ doonil laahi ʹaws̤aanam mawaddata baynikum fil ḥayaatid dunyaa; s̤umma yawmal Q̣iyaamati yakfuru baʻḍukum̃ bibaʻḍiñw wayalʻanu baʻḍukum̃ baʻḍaa; wa-maʹwaakumun Naaru wa-maa lakum min naaṣireen.
އަދި އެކަލޭގެފާނު - އެބަހީ: إبراهيم عليه السّلام އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިއެވެ. ތިޔަބައިމީހުން ﷲ ފިޔަވައި އަޅުކަންކުރުމަށް ތިޔަ إخْتِيَار ކުރާ ތަކެއްޗަކީ ބުދުތަކެކެވެ. އެއީ ދުނިޔޭގެ حياة ގައި އެތަކެއްޗަށް ތިޔަބައިމީހުން ލޯބިކުރާތަކެއްޗެވެ. ދެން قِيَامة ދުވަހުން ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ކާފަރުވާނެއެވެ. އިންކާރު ކުރާނެއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް لَعْنَة ދޭނެއެވެ. (ބުދަށް އަޅުކަންކުރި މީހުންނާ ބުދުތަކާއި ދެމެދު ގަދަޔަށް އެއަރައިރުން ހިނގާނެއެވެ.) އަދި ތިޔަބައިމީހުންގެ ތަނަކީ - قيامة ދުވަހުން ހަމަ ނަރަކައެވެ. އަދި ތިޔަބައިމީހުންނަކަށް قيامة ދުވަހުނ އެއްވެސް نصر ވެރިއަކު ނުވާނެއެވެ.
-
26
۞ فَـَٔامَنَ لَهُۥ لُوطٌ ۘ وَقَالَ إِنِّى مُهَاجِرٌ إِلَىٰ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْعَزِيزُ ٱلْحَكِيمُ
Faʹaamana lahoo Looṭ. Wa-q̣aala ʹinnee muhaajirun ʹilaa Rabbee; ʹinnahoo Huwal ʻAzeezul Ḥakeem.
ފަހެ އެކަލޭގެފާނަށް - އެބަހީ: إبراهيم عليه السّلام އަށް - لُوط عليه السّلام އީމާންވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު އެބަހީ: إبراهيم عليه السّلام ވިދާޅުވިއެވެ. އަހުރެން އަހުރެންގެ ربّ ގެ حضرة އަށް - އެކަލާނގެ އެންގެވުމަށް هِجْرَة ކުރައްވާހުށީމެވެ. ހަމަކަށަވަރުން އެކަލާނގެއީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ. (إبراهيم ގެފާނު هجرة ކުރެއްވިކަމަށް ވަނީ شَام ކަރައަށެވެ.)
-
27
وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ وَجَعَلْنَا فِى ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلْكِتَـٰبَ وَءَاتَيْنَـٰهُ أَجْرَهُۥ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ
Wa-wahabnaa lahooo ʹIs-ḥaaq̣a wa-Yaʻq̣ooba wa-jaʻalnaa fee ẓurriyyatihin Nubuwwata wal-Kitaaba wa-ʹaataynaahu ʹajrahoo fid dunyaa; wa-ʹinnahoo fil ʹAakhirati laminaṣ Ṣaaliḥeen:
އަދި އެކަލޭގެފާނަށް - އެބަހީ: إبراهيم عليه السّلام އަށް - ތިމަންރަސްކަލާނގެ إسْحَاق ގެފާނު ދެއްވީމެވެ. އަދި إسحاق ގެފާނުންގެ ދަރިކަލުން يعقوب ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނުންގެ يعني: إبراهيم عليه السّلام ގެ ދަރިފަސްކޮޅުގައި نبي ކަމާއި އަދި ފޮތް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ދުނިޔޭގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދަރުމަ - އަދި أجور ދެއްވީމެވެ. (އެއީ އެކަލޭގެފާނުންގެ ثناء އާއި تعريف ދެމިހުންނާނޭގޮތަށް ދުނިޔޭގައި ލެއްވީމެވެ.) އަދި އެޔާއިއެކު އެކަލޭގެފާނީ آخرة ގައިވެސް ކަނޑައެޅިގެން صالح މާތްބޭކަލުންގެ ތެރެއިންވާ ބޭކަލެކެވެ.
-
28
وَلُوطًا إِذْ قَالَ لِقَوْمِهِۦٓ إِنَّكُمْ لَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَـٰلَمِينَ
Wa-Looṭan ʹiẓ q̣aala liq̣awmiheee ʹinnakum lataʹtoonal faaḥishata maa- sabaq̣akum̃ bihaa min ʹaḥadim minal ʻAalameen.
(އޭ رسول ﷲ އެވެ!) އަދި لُوط عليه السّلام ހަނދުމަފުޅުކުރައްވާށެވެ! އެއީ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (އޭ قوم ގެ މީހުންނޭވެ!) ތިޔަބައިމީހުން ހަމަކަށަވަރުން فَاحِش ކަންތައް ކުރަނީއެވެ. މިހާތަނަށް ދުނިޔޭގައި އެފަދަ فاحش ކަންތައް ކަލޭމެންގެކުރިން އެއްވެސްބަޔަކު ކޮށްފައެއް ނުވެއެވެ. (އެމީހުންކުރި ނުބައި فاحش ކަންތަކަކީ ފިރިހެނުންނާއި އެޅުމެވެ.)
-
29
أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ وَتَقْطَعُونَ ٱلسَّبِيلَ وَتَأْتُونَ فِى نَادِيكُمُ ٱلْمُنكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱئْتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّـٰدِقِينَ
ʹAʹinnakum lataʹtoonar rijaala wa-taq̣ṭaʻoonas sabeel? Wa-taʹtoona fee naadeekumul muñkar? Famaa kaana jawaaba q̣awmiheee ʹillaaa ʹañ q̣aaluʹ tinaa biʻAẓaabil laahi ʹiñ kuñta minaṣ ṣaadiq̣een.
ތިޔަބައިމީހުން އަންހެނުންގެ ބަދަލުގައި ފިރިހެނުން ގެންނަނީއެވެ. އެބަހީ: ފިރިހެނުންނާ އެޅެނީއެވެ. އަދި ތިޔަބައިމީހުން މަގުފޭރެނީއެވެ. އަދި ތިޔަބައިމީހުންގެ މަޖްލިސްތަކުގައި އަދި ނާދީތަކުގައި މުންކަރާތްތައް ހިންގަނީއެވެ. فَاحِش ކަންތައްތައް ކުރަނީއެވެ. ފަހެ އެޤައުމުގެ މީހުންގެ ޖަވާބެއް ކަމުގައިވީ މިފަދައިން لُوط ގެފާނަށް ދެންނެވުމެވެ. އެމީހުން ދެންނެވިއެވެ. ކަލޭގެފާނަކީ ތެދުވެރީންގެތެރެއިންވާ ބޭކަލަކުކަމުގައި ވަންޏާ ތިޔަވިދާޅުވާ ﷲ ގެ عذاب އަހުރެމެންގެ މައްޗަށް ނިކަން ގެނަސްބަލާށެވެ!
-
30
قَالَ رَبِّ ٱنصُرْنِى عَلَى ٱلْقَوْمِ ٱلْمُفْسِدِينَ
Q̣aala Rabbiñ ṣurnee ʻalal q̣awmil mufsideen!
އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅު ހައްދަވާބޮޑުކުރެއްވި ربّ އެވެ! فاسد ވީ މީސްތަކުންގެ މައްޗަށް މިއަޅާއަށް نصر ދެއްވާފާންދޭވެ.
-
31
وَلَمَّا جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوٓا۟ إِنَّا مُهْلِكُوٓا۟ أَهْلِ هَـٰذِهِ ٱلْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا۟ ظَـٰلِمِينَ
Wa-lammaa jaaaʹat Rusulunaaa ʹIbraaheema bil-bushraa q̣aalooo ʹinnaa muhlikooo ʹahli haaẓihil q̣aryah: ʹinna ʹahlahaa kaanoo z̤̣aalimeen.
އަދި إبراهيم عليه السّلام ގެ އަރިހަށް (ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ) އުފާވެރި ޚަބަރާއިގެން ތިމަންރަސްކަލާނގެ ފޮނުއްވި މަލާއިކަތް ބޭކަލުން ވަޑައިގެންނެވި ހިނދުން އެބޭކަލުން އެކަލޭގެފާނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންބޭކަލުން މިރަށުގެ އަހުލުވެރީން ހަލާކު ކުރައްވާ ހުށީމެވެ. އެބަހީ: (لوط ގެފާނު އުޅުއްވި سَدُوْمُ އެވެ ކިއުނު ރަށް ހަލާކު ކުރައްވާ ހުށީމެވެ) އެހެނީ ހަމަކަށަވަރުން މިރަށުގެ އަހުލުވެރީންވީ އަނިޔާވެރީންކަމުގައެވެ.
-
32
قَالَ إِنَّ فِيهَا لُوطًا ۚ قَالُوا۟ نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُۥ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَـٰبِرِينَ
Q̣aala ʹinna feeha Looṭaa. Q̣aaloo naḥnu ʹaʻlamu bimañ feehaa. Lanunajjiyannahoo wa-ʹahlahooo ʹillam raʹatahoo kaanat minal g̣aabireen!
އެކަލޭގެފާނު يعني: إبراهيم عليه السّلام އެބޭކަލުންނަށް ވިދާޅުވިއެވެ. އެރަށުގައި ހަމަކަށަވަރުން لوط ގެފާނުން ވެއެވެ. އެބޭކަލުން ވިދާޅުވިއެވެ. އެރަށުގައިވާ އެންމެން ތިމަންބޭކަލުން ދެނެވަޑައިގެންވަމެވެ. ހަމަކަށަވަރުން އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން ތިމަންބޭކަލުން ސަލާމަތްކުރައްވާހުށީމެވެ. އެކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. އެކަމަނާވާހުށީ ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
-
33
وَلَمَّآ أَن جَآءَتْ رُسُلُنَا لُوطًا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالُوا۟ لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا ٱمْرَأَتَكَ كَانَتْ مِنَ ٱلْغَـٰبِرِينَ
Wa-lammaaa ʹañ jaaaʹat Rusulunaa Looṭañ seeeʹa bihim wa-ḍaaq̣a bihim ẓarʻañw waq̣aaloo laa- takhaf wa-laa taḥzan: ʹinnaa munajjooka wa-ʹahlaka ʹillam raʹataka kaanat minal g̣aabireen.
އަދި ތިމަންރަސްކަލާނގެ ފޮނުއްވި ملائكة ބޭކަލުން لوط ގެފާނުންގެ އަރިހަށް ވަޑައިގެންނެވިހިނދުން އެބޭކަލުން ވަޑައިގެންނެވުން لوط ގެފާނުންގެ ހިތްޕުޅަށް ދަތިފުޅުވެ ވަރަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ. (އެއީ އެކަލޭގެފާނުންގެ قوم ގެމީހުންގެ ފަރާތުން ލިބިދާނޭ އުނދަގުލަކަށްޓަކައެވެ.) އަދި އެބޭކަލުން (دِفَاع ކުރެއްވުމަށް) އެކަލޭގެފާނުންގެ ބާރުފުޅު ދަތިވެއްޖެއެވެ. (އޭރުވެސް އެއީ ملائكة ބޭކަލުންކަމެއް لوط ގެފާނަކަށް އެނގިވަޑައި ނުގަންނަވައެވެ.) އެހިނދު އެބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ތިމަންބޭކަލުން ކަލޭގެފާނު ސަލާމަތް ކުރައްވާހުށީމެވެ. އަދި ކަލޭގެފާނު أهل ވެރިން ސަލާމަތް ކުރައްވާހުށީމެވެ. ކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. އެކަމަނާ ވަނީ ހަލާކުވާނެ މީހުންގެތެރެއިންނެވެ.
-
34
إِنَّا مُنزِلُونَ عَلَىٰٓ أَهْلِ هَـٰذِهِ ٱلْقَرْيَةِ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ
ʹInnaa muñziloona ʻalaaa ʹahli Haaẓihil q̣aryati Rijzam minas samaaaʹi bimaa kaanoo yafsuq̣oon.
الله وَحِي ކުރެއްވިއެވެ. އަދި ހަމަކަށަވަރުން މިރަށުގެ أهل ވެރިންގެ މައްޗަށް އުޑުން عذاب އެއް ބާވައިލައްވާ ހުށީމެވެ. އެއީ އެމީހުން فاسق ވުމުގެ ސަބަބުންނެވެ.
-
35
وَلَقَد تَّرَكْنَا مِنْهَآ ءَايَةًۢ بَيِّنَةً لِّقَوْمٍ يَعْقِلُونَ
Wa-laq̣at taraknaa min-haaa ʹAayatam bayyinatal liq̣awmiñy yaʻq̣iloon.
އަދި އެކަލާނގެوحيކުރެއްވިއެވެ. ހަމަކަށަވަރުން ބުއްދިކޮށް فكر ކުރާބަޔަކު ވިސްނާ فكر ކޮށް عبرة حاصل ކުރުމަށް بَيَان ވެގެންވާ دليل އެއް ތިމަންބޭކަލުން އެތަނަށް ދޫކުރީމެވެ. • ދަންނައެވެ. އެ علامة އެއްކަމުގައިވަނީ އެމީހުންގެ މައްޗަށް ވެރުނު ހިލަތައް އަދިވެސް ފެންނާން ހުރިކަމެވެ. ނުވަތަ އެތަން ކަނޑަކަށް ހައްދަވައި އެތާނގެ ފެން ލޮނުގަދަވެފައި ވަސްނުބައިވެފައި އޮތުން ކަމުގައި ބުނެވެއެވެ. والله أعلم بالصّواب.
-
36
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ وَٱرْجُوا۟ ٱلْيَوْمَ ٱلْـَٔاخِرَ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ
Wa-ʹilaa Madyana ʹakhaahum shuʻaybañ faq̣aala yaa-q̣awmiʻ budul laaha warjul Yawmal ʹAakhira wa-laa taʻs̤aw fil ʹarḍi mufsideen.
އަދި مَدْيَنُ އަށް އެބައިމީހުންގެ أخ شُعَيْبُ عليه السّلام ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އަދި آخرة ދުވަސް އެދޭށެވެ. (އަޅުކަންކޮށްގެން آخرة ދުވަހުގެ ثواب އަށް އެދޭށެވެ.) އަދި ބިންމަތީގައި ﷲ އަށް އުރެދި ފާސިދުކޮށް ނުހަދާށެވެ.
-
37
فَكَذَّبُوهُ فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ
Fakaẓẓaboohu faʹakhaẓathumur rajfatu faʹaṣbaḥoo fee daarihim jaas̤imeen.
ފަހެ އެބައިމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން އެބައިމީހުންނަށް ގަދަ ބިންހެލުމަކާއި އަޑުފަށްގަނޑެއް އައިސް ޖެހިއްޖެއެވެ. ދެން އެބައިމީހުން އެބައިމީހުންގެގޯތި ގެދޮރުތަކުގައި މަރުވެ ތަންޑާވެގެންވާ ބަޔަކުކަމުގައި ވެއްޖެއެވެ.
-
38
وَعَادًا وَثَمُودَا۟ وَقَد تَّبَيَّنَ لَكُم مِّن مَّسَـٰكِنِهِمْ ۖ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ وَكَانُوا۟ مُسْتَبْصِرِينَ
Wa-ʻAadañw Wa-S̤amooda waq̣at tabayyana lakum mim masaakinihim. Wa-zayyana lahumush Shayṭaanu ʹaʻmaalahum faṣaddahum ʻanis Sabeeli wa-kaanoo Mustabṣireen.
އަދި عَاد ބާގައިގެ މީހުންނާއި ثَمُود ބާގައިގެމީހުންގެ މަތިން ހަނދުމަފުޅުކުރައްވާށެވެ! ހަމަކަށަވަރުން އެބައިމީހުންގެ ގޯތިގެދޮރުތަކާއި އެމީހުން ދިރިއުޅުން ތަންތަން ތިޔަބައިމީހުންނަށް (މައްކާގެ މީހުންނަށް) ރަނގަޅަށް ބަޔާންވެގެންވާނެއެވެ. ހަމަކަށަވަރުން އެމީހުންގެ ކާފަރު عمل ތައް شيطان އާ އެމީހުންނަށް ޒީނަތްތެރި ކޮށްދިނީއެވެ. އަދި އެސޮރު އެމީހުންނަށް ﷲ ގެ މަގުބަންދުކޮށް ހުރަސްކުރީއެވެ. (އެއީ ﷲ އަށާއި އެކަލާނގެ رسول ންނަށް إيمان ވުމެވެ.) އަދި އެމީހުންވީ އެމީހުންގެ މަގުފުރެދުމާއި ކާފަރުކަމުގައި عجائب ވެގެންވާ ބަޔަކުކަމުގައެވެ. ލޯހުޅުވިގެންވާ ބަޔަކުކަމުގައެވެ.
-
39
وَقَـٰرُونَ وَفِرْعَوْنَ وَهَـٰمَـٰنَ ۖ وَلَقَدْ جَآءَهُم مُّوسَىٰ بِٱلْبَيِّنَـٰتِ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ وَمَا كَانُوا۟ سَـٰبِقِينَ
Wa-Q̣aaroona wa-Firʻawna wa-Haamaan: wa-laq̣ad jaaaʹahum Moosaa bil-Bayyinaati fastakbaroo fil ʹarḍi wa-maa kaanoo saabiq̣een.
އަދި قَارُون އާއި فرعون އާއި އަދި هَامَان ހަނދުމަފުޅު ކުރައްވާށެވެ! ހަމަކަށަވަރުން موسى عليه السّلام އެމީހުންގެގާތަށް بَيَان ވެގެންވާ معجزاة އާއި دليل ގެންނެވިއެވެ. ދެންފަހެ އެމީހުން ބިމުގައި ބޮޑާވެ كِبر ވެރިވެގެންފިއެވެ. އަދި ތިމަންރަސްކަލާނގެއަށް އަތުނުވެ ބަޗައިގަނެވޭނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ. (އެމީހުން ނުކިޔަމަންތެރިވީހިނދުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ކަނޑުގައި غرق ކުރެއްވީމެވެ. މިމިކަންކަމުން ކަލޭމެން عبرة ލިބިގަތުން ހުއްޓެވެ.)
-
40
فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ
Fakullan ʹakhaẓnaa biẓambih: faminhum man ʹarsalnaa ʻalayhi ḥaaṣibaa; wa-minhum man ʹakhaẓathuṣ Ṣayḥah; wa-minhum man khasafnaa bihil ʹarḍ: wa-minhum man ʹag̣raq̣naa: wa-maa kaanal laahu liyaz̤̣limahum wa-laakiñ kaanooo ʹañfusahum yaz̤̣limoon.
އަދި އެއިން ކޮންމެ މީހަކުވެސް އެމީހާގެ ފާފައިގެ ސަބަބުން ތިމަންރަސްކަލާނގެ ހިތްޕެވީމެވެ. ހަލާކު ކުރެއްވީމެވެ. ފަހެ އެމީހުންގެތެރޭގައި އެމީހާގެ މައްޗަށް ތިމަންރަސްކަލާނގެ ކުދި ހިލަ ފޮނުވި މީހުންވެއެވެ. އެއީ لوط قوم ގެ މީހުންނެވެ. އަދި އެމީހުންގެތެރޭގައި އެމީހާއަށް ގަދަފަދަ އަޑުފަށާއިއެކު زَلْزَلَة އައި މީހުންވެއެވެ. އެއީ ثمود ބާގައިގެ މީހުންނާއި شعيب ގެފާނުންގެ قوم ގެމީހުންނެވެ. އަދި އެމީހުންގެތެރޭގައި އެމީހުންނާއިއެކު ބިންގަނޑު ގަނބައިގެންދިޔަ މީހުންވެއެވެ. އެއީ قَارون އާއި އެފަދަ މީހުންނެވެ. އަދި އެމީހުންގެ ތެރޭގައި ތިމަންރަސްކަލާނގެ އެމީހުން ކަނޑުގައި غَرَق ކުރި މީހުންވެއެވެ. އެއީ فرعون އާއި ދެންވެސް އެފަދަ މީހުންނެވެ. އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިގެންނެވި ކަމުގައި ނުވެއެވެ. އަދި އެހެންނަމަވެސް އެމީހުންވީ އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީ ބަޔަކުކަމުގައެވެ.
-
41
مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ
Mas̤alul laẓeenat takhaẓoo miñ doonil laahi ʹawliyaaaʹa kamas̤alil ʻAñkaboot: ʹittakhaẓat baytaa! Wa-ʹinna ʹawhanal buyooti labaytul ʻAñkaboot. Law kaanoo yaʻlamoon.
ﷲ ފިޔަވައި އެހެނިހެން ފަރާތްތަކެއް އެއީ ތިމާމެންގެ وَلِيُّ ންކަމުގައި - ސަހަރޯވެރިން ކަމުގައި ބަލައި إختيار ކުރިމީހުންގެ مثال އަކީ (ވާމަކުނު ވަލުން ހަދާފައިވާ) ގެއަކަށް ވަދެއިން ވާމަކުނެއްގެ މިސާލެވެ. ހަމަކަށަވަރުން އެންމެ ބަލިކަށި ދެރަގެޔަކީ ކަނޑައެޅިގެން ވާމަކުނުގެ ގެއެވެ. އެމީހުންނަށް އެކަން އެނގޭނޭ ނަމައެވެ.
-
42
إِنَّ ٱللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِۦ مِن شَىْءٍ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ʹInnal laaha yaʻlamu maa- yadʻoona miñ doonihee miñ shayʹ: wa-Huwal ʻAzeezul Ḥakeem.
ހަމަކަށަވަރުން ﷲ ފިޔަވައި އެފަރާތްތަކަށް އެމީހުން ގޮވާ އެންމެހާ ފަރާތްތަކެއް ﷲ ދެނެވޮޑިގެންވެއެވެ. (އެއިން އެއްވެސް ފަރާތެއްގައި ބާރެއް އަދި ފުއްދުންތެރިކަމެއްނެތްކަން ﷲ ދެނެވޮޑިގެންވެއެވެ.) އަދި އެކަލާނގެއީ عزّة ތެރިވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ.
-
43
وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَآ إِلَّا ٱلْعَـٰلِمُونَ
Wa-tilkal ʹAms̤aalu naḍribuhaa linnaasi wa-maa yaʻq̣iluhaaa ʹillal ʻAalimoon.
އަދި އެފަދަ މިސާލުތައް ތިމަންރަސްކަލާނގެ މީސްތަކުންނަށް ޖައްސަވަމެވެ. އަދި (ﷲ އާއި އެކަލާނގެ آية ތައް) ރަނގަޅަށް ދަންނަބަޔަކު މެނުވީ އެފަދަ މިސާލުތަކަށް ވިސްނާ އަދި ދަންނަކަމުގައި ނުވެއެވެ.
-
44
خَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّلْمُؤْمِنِينَ
Khalaq̣al laahus samaawaati wal-ʹarḍa bilḥaq̣q̣. ʹInna fee ẓaalika laʹAayatal lil-Muʹmineen.
އުޑުތަކާއި ބިން ﷲ ހެއްދެވީ ހަމަ حقّ ގޮތުގައެވެ. ހަމަކަށަވަރުން އެކަންކަމުއި ކަނޑައެޅި ބަޔާންވެގެންވާ دليل އާއި حجّة مؤمن ތަކުންނަށްވެއެވެ.
-
45
ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَـٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ
ʹUtlu maaa ʹooḥiya ʹilayka minal Kitaabi wa-ʹaq̣imiṣ Ṣalaah: ʹinnaṣ Ṣalaata tanhaa ʻanil faḥshaaaʹi wal-muñkar; wa-la-Ẓikrul laahi ʹAkbar. Wal-laahu yaʻlamu maa- taṣnaʻoon.
(އޭ رسول ﷲ އެވެ.) މި قرآن ން ކަލޭގެފާނަށް ބާވައިލެއްވޭ އެއްޗެއް ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! އަދިނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން ނަމާދަކީ فَاحِش ކަންތަކާއި منكراة ތައް ނަހީކޮށް ދުރުކުރާ އެއްޗެކެވެ. އަދި ﷲ އަށް ذِكر ކުރުން - ﷲ ހަނދާންކުރުން - ހުރިހާ ކަމަކަށްވުރެ ބޮޑެވެ. - ނުވަތަ ތިޔަބައިމީހުން ﷲ ހަނދާންކުރާ ވަރަށްވުރެ ﷲ ތިޔަބައިމީހުން ހަނދާންކުރެއްވުން މާބޮޑެވެ. އަދި ތިޔަބައިމީހުން (ނަމާދުގައިވެސް) ކުރާ އެންމެހައި ކަންތައް ﷲ ދެނެވޮޑިގެންވެއެވެ.
-
46
۞ وَلَا تُجَـٰدِلُوٓا۟ أَهْلَ ٱلْكِتَـٰبِ إِلَّا بِٱلَّتِى هِىَ أَحْسَنُ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ ۖ وَقُولُوٓا۟ ءَامَنَّا بِٱلَّذِىٓ أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَٰحِدٌ وَنَحْنُ لَهُۥ مُسْلِمُونَ
Wa-laa tujaadilooo ʹAhlal Kitaabi ʹillaa billatee hiya ʹaḥsanu ʹillal laẓeena z̤̣alamoo minhum wa-q̣oolooo ʹaamannaa billaẓeee ʹuñzila ʹilaynaa wa-ʹuñzila ʹilaykum wa-ʹIlaahunaa wa-ʹIlaahukum Waaḥiduñwwa naḥnu lahoo Muslimoon.
(އޭ رسول ﷲ އެވެ!) أَهْلُ كِتَابُ ންނާއި. އެބަހީ: يهودي ންނާއި نَصَارى އިންނާއި ކަލޭގެފާނު ހެޔޮ ރަނގަޅުގޮތުގައި މެނުވީ ޖަދަލު ނުކުރައްވާށެވެ! އެމީހުންގެ ތެރެއިން އަނިޔާވެރިވީމީހުންނާއި މެދުގައި މެނުވީއެވެ. (ފަހެ އަނިޔާވެރިވީ މީހުންނަށް އާދައިގެ ގޮތަށްވެސް جدل ކުރެވިދާނެއެވެ.) އަދި ތިޔަބައިމީހުން އެމީހުންނަށް ބުނާށެވެ. އަހުރެމެންނަށް ބާވައިލެއްވުނު ތަކެއްޗަށާއި އަދި ތިޔަބައިމީހުންނަށް ބާވައިލެއްވުނު ތަކެއްޗަށްވެސް އަހުރެމެން إيمان ވެއްޖައީމެވެ. އަދި އަހުރެމެންގެ إله އާއި އަދި ތިޔަބައިމީހުންގެ إله އަކީ ހަމަ އެއް إله އެކެވެ. އެއީ ﷲ އެވެ. އަދި އަހުރެމެން ކިޔަމަންތެރިވެގެން މިވަނީ ހަމަ އެކަލާނގެއަށެވެ.
-
47
وَكَذَٰلِكَ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ ۚ فَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يُؤْمِنُونَ بِهِۦ ۖ وَمِنْ هَـٰٓؤُلَآءِ مَن يُؤْمِنُ بِهِۦ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا ٱلْكَـٰفِرُونَ
Wa-kaẓaalika ʹañzalnaaa ʹilaykal Kitaab. Fallaẓeena ʹaataynaahumul Kitaaba yuʹminoona bihee wa-min haaaʹulaaaʹi mañy yuʹminu bih: wa-maa yajḥadu biʹAayaatinaaa ʹillal kaafiroon.
ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އެފަދައިންނެވެ. - އެބަހީ: ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އިސްވެދިޔަ رسول ބޭބޭކަލުންނަށްވެސް ފޮތް ބާވައިލެއްވި ފަދައިންނެވެ. - ފަހެ އެބައިމީހުންނަށް ފޮތްދެވުނުމީހުން - އެބަހީ: އިސްވެދިޔަ أمّة ތަކުގެތެރެއިން إيمان ވީ މީހުން - އެފޮތަށް يعني: ކީރިތި قرآن އަށް إيمان ވެއެވެ. އަދި މިމީހުންގެތެރޭގައިވެސް - އެބަހީ: މިހާރުތިބި يهودي ންނާއި نصارى އިންގެތެރޭގައިވެސް އެފޮތަށް يعني: قرآن އަށް އީމާންވާ މީހުންވެއެވެ. އެއީ عبد ﷲ بن سلام ކަހަލަބޭކަލުންނެވެ. އަދި ކާފަރުންމެނުވީ ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދައި إنكار ނުކުރާނެއެވެ. (މީގެ مَفْهُوْم އަކީ ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދާ އިންކާރު ކުރާމީހުން ވާނީ ކާފަރުންކަމުގައެވެ.)
-
48
وَمَا كُنتَ تَتْلُوا۟ مِن قَبْلِهِۦ مِن كِتَـٰبٍ وَلَا تَخُطُّهُۥ بِيَمِينِكَ ۖ إِذًا لَّٱرْتَابَ ٱلْمُبْطِلُونَ
Wa-maa kuñta tatloo miñ q̣ablihee miñ kitaabiñw walaa takhuṭṭuhoo biyameenika ʹiẓal lartaabal mubṭiloon.
އަދި މި قرآن ކަލޭގެފާނަށް ބާވައިލެއްވުމުގެ ކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވާވިދާޅުވާ ބޭކަލަކު ކަމުގައި ނުވެއެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅުން އެއްވެސް އެއްޗެއް ލިއުއްވާ ބޭކަލަކު ކަމުގައިވެސް ނުވެއެވެ. މި باطل ދޮގުވާހަކަތައް ދައްކާ މީހުންނަށް ޝައްކެއްވާންޖެހޭނީ އެހެންނަމަތާއެވެ.
-
49
بَلْ هُوَ ءَايَـٰتٌۢ بَيِّنَـٰتٌ فِى صُدُورِ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا ٱلظَّـٰلِمُونَ
Bal huwa ʹAayaatum bayyinaatuñ fee ṣudooril laẓeena ʹootul ʻilm: wa-maa yajḥadu biʹAayaatinaaa ʹillaz̤̣ z̤̣aalimoon.
އަދި ކިޔެއްހެއްޔެވެ. އެއީ ފޮތްދެވުނު މީހުންގެ ހިތްތަކުގައި ކަނޑައެޅި بيان ވެގެންވާ آية ތަކެކެވެ. އަދި އަނިޔާވެރިން މެނުވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް إنكار ކޮށް ދެކޮޅު ނުހަދައެވެ. • ދަންނައެވެ. توراة އާއި إنجيل އާއި ދެފޮތުގައިވެސް رسول ﷲ ﷺ ގެ ކިތަންމެ خبر ތަކެއް ބާވައިލައްވާފައިވެއެވެ. އެފޮތްތައް حقّ ގޮތުގައި ކިޔައި ބަލައި ހެދިމީހުންނަށް އެ خبر ތައް ރަނގަޅަށް އެނގެއެވެ. އެމީހުންގެ ހިތްތަކުގައި އެވާހަކަތައް بيان ވެގެންވެއެވެ. ދެން رسول ﷲ ﷺ ދުނިޔެއަށް ވަޑައިގަނެ رسول ކަމާއިގެން ފޮނުއްވެވުމުން އެ خبر ތައް ދަންނަ ގިނަމީހުން އެކަމަށް އިންކާރުކޮށް ދެކޮޅުހެދީއެވެ. ބައެއް މަދުމީހުން إيمان ވެސްވިއެވެ. މިދެތިން އާޔަތެއްގައި އިޝާރާތްވެގެން އެވަނީ އެވާހަކަތަކަށެވެ. والله أعلم.
-
50
وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَـٰتٌ مِّن رَّبِّهِۦ ۖ قُلْ إِنَّمَا ٱلْـَٔايَـٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌ مُّبِينٌ
Wa-q̣aaloo Law-laaa ʹuñzila ʻalayhi ʹAayaatum mir Rabbih? Q̣ul ʹinnamal ʹAayaatu ʻiñdal laah: wa-ʹinnamaaa ʹana naẓeerum mubeen.
އަދި އެމީހުން - يعني: مكّة ގެ مشرك ން - ބުންޏެވެ. އެކަލޭގެފާނުންގެ މައްޗަށް އެކަލޭގެފާނުންގެ ربّ ގެ حضرة ން معجزة ތަކެއް ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ (އެބަހީ: صالح ގެފާނުންގެ جمل ފުޅުފަދަ - عيسى ގެފާނުންގެ ދޮލަނގުފަދަ - معجزة އެކަލޭގެފާނަށް ބާވައިނުލެއްވީ ކީއްވެގެންބާވައެވެ؟ އޭގެ جواب ގައި ﷲ އެކަލޭގެފާނަށް އަންގަވަނީ) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެފަދަ معجزة ތައް ވާކަން ކަށަވަރީ ﷲ ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ ހަމަ نَذِيرُ އަކު ކަމުގައެވެ.
-
51
أَوَلَمْ يَكْفِهِمْ أَنَّآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِى ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ
ʹA-walam yakfihim ʹannaaa ʹañzalnaa ʻalaykal Kitaaba yutlaa ʻalayhim? ʹInna fee ẓaalika la-Raḥmatañw wa-Ẓikraa liq̣awmiñy yuʹminoon.
އެމީހުންގެމައްޗަށް ކިޔެވޭނެފޮތެއް ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ބާވައިލެއްވުމުން އެމީހުންނަށް ފަހެ ނުފުދެނީބާވައެވެ؟ ހަމަކަށަވަރުން އީމާންވާ ބަޔަކަށް އެފޮތުގައި رحمة އާއި وعظ އާއި نصيحة ވެއެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވުނު ސަބަބެއްކަމުގައި ބައެއް تفسير ފޮތްތަކުގައި بيان ވެގެންވަނީ رسول ﷲ ﷺ ގެ أصحاب ންކުރެ ބައެއް ބޭކަލުން يهودي ންގެ އަތުން އެމީހުންގެ ފޮތްތަކުގައިވާ ބައެއް ތަކެތިކަމަށް ބުނާތަކެތި ލިޔެގެން رسول ﷲ ﷺ ގެ އަރިހަށް އައިސް ދެއްކުމުން އެތަކެތި ބައްލަވާ އެތަކެތި އެއްލަވާ ލައްވާފައި حديث ކުރެއްވިއެވެ. ބަޔަކު މީހުންގެ މޮޔަކަމަށް ނުވަތަ މަގުފުރެދިފައިވާކަމަށް އެބައިމީހުންގެ نبي އާގެ މައްޗަށް ބާވައިލެއްވި ތަކެތި ދޫކޮށް އެހެން ބައެއްގެ މައްޗަށް އެހެން نبي އަކަށް ބާވައިލެއްވި ތަކެތީގައި ހިފައި إختيار ކުރުމުން ފުދޭހާވެއެވެ. މިކަމާއި ގުޅިގެން މިއާޔަތް ބާވައިލެއްވިކަމުގައިވެއެވެ. = تفسير طبري =
-
52
قُلْ كَفَىٰ بِٱللَّهِ بَيْنِى وَبَيْنَكُمْ شَهِيدًا ۖ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ ءَامَنُوا۟ بِٱلْبَـٰطِلِ وَكَفَرُوا۟ بِٱللَّهِ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ
Q̣ul kafaa billaahi baynee wa-baynakum Shaheedaa: yaʻlamu maa- fis samaawaati wal-ʹarḍ. Wallaẓeena ʹaamanoo bil-baaṭili wa-kafaroo billaahi ʹulaaaʹika humul khaasiroon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އަހުރެންނާއި ތިޔަބައިމީހުންނާއި ދެމެދު ހެކިވެރިއަކު ކަމުގައި ﷲ ފުދިއްޖެއެވެ. (އެހެން معجزة އެއް ބާވައިނުލެއްވިޔަސް އެވަރުން ފުދެއެވެ.) އުޑުތަކާއި ބިމުގައި ވާހާތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި باطِل އަށް إيمان ވެ (شرك قَرَارُ ކޮށް ތެދުކޮށް) އަދި ﷲ އަށް ކާފަރުވީ މީސްތަކުން ދަންނައެވެ. އެމީހުން އެއީ ގެއްލިހަލާކުވެގެންވާ މީސްތަކުންނެވެ.
-
53
وَيَسْتَعْجِلُونَكَ بِٱلْعَذَابِ ۚ وَلَوْلَآ أَجَلٌ مُّسَمًّى لَّجَآءَهُمُ ٱلْعَذَابُ وَلَيَأْتِيَنَّهُم بَغْتَةً وَهُمْ لَا يَشْعُرُونَ
Wa-yastaʻjiloonaka bilʻAẓaab: Wa-lawlaaa ʹajalum musammal lajaaaʹahumul ʻAẓaab: walayaʹtiyannahum̃ bag̣tatañw wahum laa- yashʻuroon!
އަދި (އޭ رسول ﷲ އެވެ!) عذاب އަވަސްވުމަށް އެމީހުން ކަލޭގެފާނުންގެ ކިބައިން އެދެއެވެ. ކަނޑައެޅި عيّن ވެގެންވާ ވަކި مُدّت އެއްނުވާނަމަ އެމީހުންނަށް إحساس ވެސް ނުވާޙާލު ހަމަކުއްލިއަކަށް އެމީހުންގެ މައްޗަށް عذاب އަތުވެއްޖައީސްކަން ކަށަވަރެވެ.
-
54
يَسْتَعْجِلُونَكَ بِٱلْعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةٌۢ بِٱلْكَـٰفِرِينَ
Yastaʻjiloonaka bilʻAẓaab: wa-ʹinna Jahannama lamuḥeeṭatum bil-kaafireen!
عذاب އަވަސްވުމަށް އެމީހުން ކަލޭގެފާނުންގެ އަރިހުން އެދެއެވެ. ހަމަކަށަވަރުން ނަރަކަވަނީ ކާފަރުން ވަށައިލާފައެވެ. އެމީހުނަށް عذاب ކަނޑައެޅިފައިވާ ވަގުތު އެމީހުނަށް އެ عذاب ލިބޭހުއްޓެވެ.
-
55
يَوْمَ يَغْشَىٰهُمُ ٱلْعَذَابُ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا۟ مَا كُنتُمْ تَعْمَلُونَ
Yawma yag̣shaahumul ʻaẓaabu miñ fawq̣ihim wa-miñ taḥti ʹarjulihim wa-yaq̣oolu ẓooq̣oo maa- kuñtum taʻmaloon.
(ކާފަރުން ވަށައިގެން ނަރަކަވެއެވެ.) އެދުވަހަކީ އެމީހުންގެ މަތީ عذاب އެޅި ނިވައިވެގެންވާ ދުވަހެވެ. އަދި އެމީހުން ފައިތަކުގެ ދަށުންވެސް عذاب ވާދުވަހެވެ. އަދި އެދުވަހުން އެކަލާނގެ އެމީހުންނަށް وحي ކުރައްވާނެއެވެ. ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީ ކަންތަކުގެ ރަހަ ލިބިގަންނާށެވެ.
-
56
يَـٰعِبَادِىَ ٱلَّذِينَ ءَامَنُوٓا۟ إِنَّ أَرْضِى وَٰسِعَةٌ فَإِيَّـٰىَ فَٱعْبُدُونِ
Yaa-ʻibaadiyal laẓeena ʹaamanooo ʹinna ʹarḍee waasiʻatuñ faʹiyyaaya faʻbudoon!
އޭ ތިމަންރަސްކަލާނގެ إيمان ވީ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިންތަނަވަސްވެގެންވެއެވެ. އަދި ހަމަކަނޑައެޅިގެން ތިމަންރަސްކަލާނގެއަށް އެކަނި ތިޔަބައިމީހުން އަޅުކަންކުރާ ހުށިކަމެވެ!
-
57
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ
Kullu nafsiñ ẓaaaʹiq̣atul Mawt: s̤umma ʹilaynaa turjaʻoon.
ކޮންމެ ނަފުސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ. މަރުވާނެއެވެ. ދެން ތިޔަބައިމީހުން އެނބުރި رجوع ވާހުށީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. އެއީ محشر ދުވަހުންނެވެ.
-
58
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُبَوِّئَنَّهُم مِّنَ ٱلْجَنَّةِ غُرَفًا تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ نِعْمَ أَجْرُ ٱلْعَـٰمِلِينَ
Wallaẓeena ʹaamanoo wa-ʻamiluṣ Ṣaaliḥaati lanubawwiʹannahum minal Jannati g̣urafañ tajree miñ taḥtihal ʹanhaaru khaalideena feehaa;― niʻma ʹajrul ʻaamileen!
އަދި އީމާންވެގެން صالخ عمل ތައްކުރި މީސްތަކުން ދަންނައެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ބައިލުއްވާ ސުވަރުގޭގެ ކޮޓަރިކޮޅުތަކުގައި قائم ކުރައްވާހުށީމެވެ. އެސުވަރުގެއަކީ އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގާހުންނަ ތަންތަނެވެ. އެމީހުން އެތަންތާނގައި ދެމިތިބޭހުއްޓެވެ. ހެޔޮ عمل ކުރި މީހުންގެ ދަރުމައެއްގެ ގޮތުން ސުވަރުގެ ހެޔޮވެގެންވެއެވެ.
-
59
ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
ʹAllaẓeena ṣabaroo wa-ʻalaa Rabbihim yatawakkaloon.
އެމީހުންނަކީ (ދީނުގެ އުނދަގޫތަކަށް - އަދި عداوة ތެރިންގެ އަނިޔާތަކަށް) ކެތްތެރިވީ މީހުންނެވެ. އަދި ހަމައެކަނި އެމީހުންގެ ربّ އަށް وكيل ކުރާ މީހުންނެވެ.
-
60
وَكَأَيِّن مِّن دَآبَّةٍ لَّا تَحْمِلُ رِزْقَهَا ٱللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
Wa-kaʹayyim miñ daaabbatil laa taḥmilu rizq̣ahaa? ʹAllaahu yarzuq̣uhaa wa-ʹiyyaakum wa-Huwas Sameeʻul ʻAleem.
އަދި ކިތައްކިތައް ދިރޭތަކެތި އެތަކެތީގެ ރިޒުގު އެތަކެއްޗަށް އުފުލައި ނުގަނެވި ވޭހެއްޔެވެ؟ އެހުރިހާ ތަކެއްޗަކަށް ރިޒުގުދެއްވަނީ ހަމަ ﷲ އެވެ. އަދި ކަލޭމެންނަށްވެސް ރިޒުގުދެއްވަނީ ހަމަ ﷲ އެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
61
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ
Wa-laʹiñ saʹaltahum man khalaq̣as samaawaati wal-ʹarḍa wa-sakhkharash shamsa wal-q̣amara layaq̣oolunnal laahu faʹannaa yuʹfakoon?
އަދި އުޑުތަކާއި ބިންހެއްދެވީ އަދި އިރާއި ހަނދު ކިޔަމަންކުރެއްވީ ކާކުތޯ އެމީހުންކުރެން - (އެ مشرك ންކުރެން) - ކަލޭގެފާނު އައްސަވައިފިއްޔާ ހަމަކަށަވަރުން އެތަކެތި ހައްދަވައި އަދި އެކަންކަން ކުރައްވަނީ يقين ންވެސް ﷲ ކަމުގައި އެމީހުން ބުނާނެއެވެ. ފަހެ އެހެންވީއިރު އެމީހުން (އެކަލާނގެ ފިޔަވައި) އެހެން ފަރާތަކަށް ދާނީ ކޮންފަދައަކުން ހެއްޔެވެ؟ އެހެންފަރާތަކަށް އަޅުކަން ކުރަން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟
-
62
ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥٓ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ
ʹAllaahu yabsuṭur rizq̣a limañy yashaaaʹu min ʻibaadihee wa-yaq̣diru lah: ʹinnal laaha bikulli shayʹin ʻAleem.
އަދި ﷲ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ތަނަވަސްކުރައްވައި ގިނަކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް މަދުކުރައްވާ ދަތިކުރައްވައެވެ. އަދި ﷲ އީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަންކަމުގައި އެކަލާނގެ ދެނެވޮޑިގެންވާ خاصّ حكمة ފުޅުވާނެއެވެ.
-
63
وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءً فَأَحْيَا بِهِ ٱلْأَرْضَ مِنۢ بَعْدِ مَوْتِهَا لَيَقُولُنَّ ٱللَّهُ ۚ قُلِ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ
Wa-laʹiñ saʹaltahum man nazzala minas samaaaʹi maaaʹañ faʹaḥyaa bihil ʹarḍa mim baʻdi mawtihaa layaq̣oolunnal laah! Q̣ulil Ḥamdu lillaah! Bal ʹaks̤aruhum laa- yaʻq̣iloon.
އަދި އުޑުން ފެންވެއްސަވަނީ ކާކުތޯ އެމީހުންކުރެން ކަލޭގެފާނުއައްސަވައިފިއްޔާ؟ އަދި އެފެނުގެ ސަބަބުން ބިންގަނޑު މަރުވެފައި އޮތުމަށްފަހު ދިރުއްވައި މިކަންކަންކުރަނީ ކާކުތޯ އައްސަވައިފި އްޔާ ނިކަންހުރެ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެންމެހައި حمد އާއި تعريف އެއް ހުރީ ހަމަ ﷲ އަށެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުން ބުއްދިކޮށް فكر ނުކުރެއެވެ.
-
64
وَمَا هَـٰذِهِ ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ ٱلدَّارَ ٱلْـَٔاخِرَةَ لَهِىَ ٱلْحَيَوَانُ ۚ لَوْ كَانُوا۟ يَعْلَمُونَ
Wa-maa haaẓihil ḥayaatud dunyaaa ʹillaa lahwuñw walaʻib? Wa-ʹinnad Daaral ʹAakhirata lahiyal Ḥayawaan. Law kaanu yaʻlamoon.
މިދުނިޔޭގެ حياة މިއީ ހަމަ ކުޅިވަރަކާއި ހެއްލުމެއްކަމުގައި މެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން ދެމިހުންނަނިވި ރަނގަޅު حياة އެއްވަނީ ކަނޑައެޅިގެން آخرة ގެ ގޮވަތީގައެވެ. އެކަން އެމީހުންނަށް އެނގޭނޭ ނަމައެވެ.
-
65
فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ
Faʹiẓaa rakiboo fil fulki daʻawul laaha mukhliṣeena lahud deen: falammaa najjaahum ʹilal barri ʹiẓaa hum yushrikoon!
ފަހެ އެބައިމީހުން (އެބަހީ މުޝްރިކުން) ނަވަކަށް (މޫދުގައި ދުވާ އުޅަނދަކަށް) އަރައިފީވިއްޔާ (އެ އުޅަނދަށް ކަނޑު ގަދަވެ ކަންބޮޑުވެއްޖެއްޔާއި) ވަރަށް إخلاص ތެރިކަމާއިއެކު ﷲ އަށް دعاء ކުރެއެވެ. (الله وَحِي ކުރެއްވިއެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އެމީހުން ހިކިފަސްތާކަށް ލައްވައި ސަލާމަތް ހަމަކުރާއިރަށް ދެން އަލުންވެސް އެމީހުން شرك ކުރެއެވެ. އެހެނިހެން ފަރާތްތަކުން ވާގިއެދިހަދައެވެ.
-
66
لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ وَلِيَتَمَتَّعُوا۟ ۖ فَسَوْفَ يَعْلَمُونَ
Liyakfuroo bimaaa ʹaataynaahum, wa-li-yatamattaʻoo! fasawfa yaʻlamoon.
އެއީ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ތަކެއްޗަށް ކާފަރުވުމަށެވެ. އަދި އެމީހުން އަރާމުލިބިގަތުމަށެވެ. ފަހެ އެމީހުން އަރާމު ލިބިގަންނާށެވެ! ފަހެ. އެމީހުން އެކުރާ ނުބައިކަންތަކުގެ ނަތީޖާ ނިކަންހުރެ. އެމީހުނަށް އެނގިދާނެއެވެ.
-
67
أَوَلَمْ يَرَوْا۟ أَنَّا جَعَلْنَا حَرَمًا ءَامِنًا وَيُتَخَطَّفُ ٱلنَّاسُ مِنْ حَوْلِهِمْ ۚ أَفَبِٱلْبَـٰطِلِ يُؤْمِنُونَ وَبِنِعْمَةِ ٱللَّهِ يَكْفُرُونَ
ʹAwalam yaraw ʹannaa jaʻalnaa Ḥaraman ʹaaminañw Wayutakhaṭṭafun naasu min ḥaw-lihim? ʹAfabilbaaṭili yuʹminoona wa-biniʻmatil laahi yakfuroon?
އަޅެފަހެ ތިމަންރަސްކަލާނގެ (مكّة ގެ حرم) އަމާންވެގެންވާ حرم އެއްކަމުގައި ލައްވާފައިވާކަން އެމީހުންނަށް ނޭނގެނީބާވައެވެ؟ އަދި އެމީހުންގެ ވަށަވަށައިގެންވާ އެހެން ރަށްރަށުގެ މީހުން އެކިގޮތްގޮތަށް މީސްތަކުން ޖަހައިގަނެގެން ގެންދަނީއެވެ. (އެއީވެސް مكّة ގެ أهل ވެރިންނަށް ދެއްވާފައިވާ ބޮޑު نعمة އެއްކަމުގައި އެމީހުން قبول ކޮށް شكر ނުކުރާނޭބާވައެވެ؟) އެމީހުން ފަހެ إيمان ވާންވީ باطل އަށްހެއްޔެވެ؟ (ﷲ އަށް شريك ކޮށް ބުދުތަކަށް އީމާންވާންވީހެއްޔެވެ؟) އަދި ﷲ ގެ نعمة އަށް ކާފަރުވަނީހެއްޔެވެ؟
-
68
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِٱلْحَقِّ لَمَّا جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْكَـٰفِرِينَ
Wa-man ʹaz̤̣lamu mimma nif-taraa ʻalal laahi kaẓiban ʹaw kaẓẓaba bil-Ḥaq̣q̣i lammaa jaaaʹah? ʹAlaysa fee Jahannama mas̤wal lil-kaafireen?
އަދި ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތްމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ ނުވަތަ حقّ އައިހިނދުން حقّ ދޮގުކުރި މީހަކަށްވުރެ ބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވާނެއެވެ.) ފަހެ ކާފަރުން (قيامة ދުވަހުންގޮސް ތިބޭތަނެއް ކަމުގައި ނަރަކަ ނުފުދޭހެއްޔެވެ؟) (އެބަހީ: ނަރަކަ އެކަމަށް ފުދޭނެއެވެ.)
-
69
وَٱلَّذِينَ جَـٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ
Wallaẓeena jaahadoo feenaa lanahdiyannahum Subulanaa; wa-ʹinnal laaha lamaʻal Muḥsineen.
އަދި ތިމަންރަސްކަލާނގެ كلمة ފުޅު މަތިވެރިކުރުމަށްޓަކައި جهاد ކުރާ މީހުން ދަންނައެވެ. ހަމަކަށަވަރުން އެމީހުންނަށް ތިމަންރަސްކަލާނގެ މަގުދައްކަވާހުށީމެވެ. ސީދާގަމަށް توفيق ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ إحسان ތެރިންނާއި އެކުގައެވެ.