Surah Al-AnfalBegins here at 8:41
-
8:41
۞ وَٱعْلَمُوٓا۟ أَنَّمَا غَنِمْتُم مِّن شَىْءٍ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ إِن كُنتُمْ ءَامَنتُم بِٱللَّهِ وَمَآ أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ ٱلْفُرْقَانِ يَوْمَ ٱلْتَقَى ٱلْجَمْعَانِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Waʻlamooo ʹannamaa g̣animtum miñ shayʹiñ faʹanna lillaahi khumusahoo wa-lir-Rasooli wa-liẓil q̣urbaa walyataamaa walmasaakeeni wabnis sabeeli ʹiñ kuñtum ʹaamañtum̃ billaahi wa-maaa ʹañzalnaa ʻalaa ʻAbdinaa Yawmal Furq̣aani Yawmal taq̣al jamʻaan. Wal-laahu ʻalaa kulli shayʹiñ Q̣adeer.
(އޭ مؤمن ންނޭވެ!) ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ކަލޭމެން غنيمة މުދަލުގެ ގޮތުން حاصل ކުރި ކޮންމެ އެއްޗެއް އެއެއްޗެއްގެ ފަސްބައިކުޅަ އެއްބައިވަނީ ﷲ އަށާއި رسول އާއަށާއި (رسول އާގެ) ގާތްތިމާގެ މީހުންނަށާއި - يتيم ންނަށާއި - مِسْكِين ންނަށާއި އަދި ދަރުތުވެރިންނަށެވެ. އެއީ ކަލޭމެން ﷲ އަށް إيمان ވެގެންވާ ކަމުގައިވަންޏާއެވެ. އަދި فرقان ގެދުވަހު އެބަހީ: حقّ އާއި باطل ވަކިކުރާ ދުވަހު އެދުވަހަކީ ދެ لشكر ބައްދަލުވީ ދުވަހެވެ. (محمّد ﷺ އާއި އެކަލޭގެފާނުންގެ أصحاب ންގެ لشكر އާއި مكّة ގެ قريش ންގެ ކާފަރު لشكر އާއި ދެ لشكر އެވެ. އެދެ لشكر بَدْرُ އެވެ ކިޔޭ ميدان ގައި ބައްދަލުކޮށް حقّ އެއީ حقّ ކަމުގައި باطل އެއީ باطل ކަމުގައިވެ ފައުޅުވެގެން ދިޔައީއެވެ. ކާފަރުން ބަލިވެ مؤمن ންނަށް نصر ލިބުނީއެވެ.) އެދުވަހު ތިމަންރަސްކަލާނގެ އަޅާގެމައްޗަށް (محمّد ﷺ ގެމައްޗަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި ތަކެއްޗަށް إيمان ވެގެންވާކަމުގައި ވަންޏާ غنيمة މުދަލާމެދު މިއެންގެވިގޮތަށް ކަންތައް ކުރާށެވެ! އަދި ﷲ އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ.
-
8:42
إِذْ أَنتُم بِٱلْعُدْوَةِ ٱلدُّنْيَا وَهُم بِٱلْعُدْوَةِ ٱلْقُصْوَىٰ وَٱلرَّكْبُ أَسْفَلَ مِنكُمْ ۚ وَلَوْ تَوَاعَدتُّمْ لَٱخْتَلَفْتُمْ فِى ٱلْمِيعَـٰدِ ۙ وَلَـٰكِن لِّيَقْضِىَ ٱللَّهُ أَمْرًا كَانَ مَفْعُولًا لِّيَهْلِكَ مَنْ هَلَكَ عَنۢ بَيِّنَةٍ وَيَحْيَىٰ مَنْ حَىَّ عَنۢ بَيِّنَةٍ ۗ وَإِنَّ ٱللَّهَ لَسَمِيعٌ عَلِيمٌ
ʹIẓ ʹañtum̃ bilʻudwatid dunyaa wa-hum̃ bilʻudwatil q̣uṣwaa warrakbu ʹasfala miñkum. Wa-law tawaaʻattum lakhtalaftum fil meeʻaadi wa-laakil liyaq̣ḍiyal laahu ʹamrañ kaana mafʻoolaa; liyahlika man halaka ʻam Bayyinatiñw Wayaḥyaa man ḥayya ʻam Bayyinah. Wa-innal laaha la-Sameeʻun ʻAleem.
އަދި ކަލޭމެން مؤمن ން مدينة އާއި ގާތްކޮޅުގައި (އެބަހީ: بَدْرُ ހަނގުރާމަ ހިނގިތާގެ مدينة އާއި ގާތްކޮޅުގެ) އުސްތާނގައިވީހިނދު އަދި އެމީހުން - އެބަހީ: مكّة ގެ قريش ންގެ لشكر އެތާނގެ مدينة އާއި ދުރުކޮޅުގައި އަދި (أبوسفيان ގެ) ގާފިލާ އަތިރިމަތީފަރާތު ތިރީމަގުގައިވީހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އަދި ކަލޭމެންގެ މެދުގައި (ދެ لشكر ބައްދަލުވުމަށް) ވަކިވަގުތެއް އަދި ވަކިތަނެއް ކަނޑައެޅި عيّن ވެގެން އޮތުމަށް ދެފަރާތް وَعْدُ ކުރިނަމަ ހަމަކަށަވަރުން އެވަގުތަކާއި އެތަނަކާއިމެދު ކަލޭމެންގެ މެދުގައި ދެބަސްވެ إختلاف ވީހެވެ. އަދި އެހެންނަމަވެސް (ދެ لشكر އެ ميدان ގައި ބައްދަލުވެ ހަނގުރާމަވެވުނީ) އެއީ ﷲ ގެ تقدير ގައި ކަނޑައެޅި ވާންއޮތްކަމެއް ނިންމަވާ ހިންގެވުމަށެވެ. އެއީ ހަލާކުވާ މީހަކުވެސް حجّة އާއި دليل އާއިއެކު ހަލާކުވުމަށެވެ. އަދި ދިރިހުންނާނެމީހަކުވެސް حجّة އާއި دليل އާއިއެކު ދިރިހުރުމަށެވެ. (އެބަހީ: ކޮންމެ މީހަކުވެސް އެމީހަކުގެ ކަންތައް ރަނގަޅަށް ސާބިތުވެ އެނގުމަށްފަހު عذر އެއް ނޯންނާނެގޮތުންނެވެ.) އަދި ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
8:43
إِذْ يُرِيكَهُمُ ٱللَّهُ فِى مَنَامِكَ قَلِيلًا ۖ وَلَوْ أَرَىٰكَهُمْ كَثِيرًا لَّفَشِلْتُمْ وَلَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَلَـٰكِنَّ ٱللَّهَ سَلَّمَ ۗ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ
ʹIẓ yureekahumul laahu fee manaamika q̣aleelaa: wa-law ʹaraakahum kas̤eeral lafashiltum wa-latanaazaʻtum fil ʹamri wa-laakinnal laaha sallam: ʹinnahoo ʻAleemum biẓaatiṣ ṣudoor.
އަދި ﷲ تعالى ކަލޭގެފާނަށް އެމީހުން - އެބަހީ - قريش ންގެ ކާފަރު لشكر - ކަލޭގެފާނުންގެ ހުވަފެންފުޅުގައި ދެއްކެވީ މަދުބަޔަކުކަމުގައެވެ. (އެއީ ކަލޭމެން مؤمن ންގެ ހިތްތައް ގަދަވެ ހަނގުރާމައަށް ހިތްވަރުގަދަވެ عدوُّ ންނާ ދިމާކުރުމުގެ ބާރެއްގެ ގޮތުންނެވެ.) އަދި އެމީހުން އެއީ ގިނަބައެއްގެ ގޮތުގައި ކަލޭގެފާނަށް (ހުވަފެންފުޅުގައި) އެކަލާނގެ ދެއްކެވިނަމަ ކަލޭމެން މުޅިން ބަލިކަށިވެ ހިތްވަރުދެރަވެ ފޭލިވެއްޖައީހެވެ. އަދި ހަނގުރާމައިގެ ކަންތަކުގައި މުޅިން ދެބަސްވެ ވާހަކަތައް ތަފާތުވެއްޖައީހެވެ. އެހެންނަމަވެސް އެހުރިހާ ކަމަކުން ﷲ ކަލޭމެން ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކު އަޑީގައިވާ ކަންތައްތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
8:44
وَإِذْ يُرِيكُمُوهُمْ إِذِ ٱلْتَقَيْتُمْ فِىٓ أَعْيُنِكُمْ قَلِيلًا وَيُقَلِّلُكُمْ فِىٓ أَعْيُنِهِمْ لِيَقْضِىَ ٱللَّهُ أَمْرًا كَانَ مَفْعُولًا ۗ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
Wa-ʹiẓ yureekumoohum ʹiẓil taq̣aytum feee ʹaʻyunikum q̣aleelañw wayuq̣allilukum feee ʹaʻyunihim liyaq̣ḍiyal laahu ʹamrañ kaana mafʻoolaa. Wa-ʹilal laahi turjaʻul ʹumoor.
އަދި ކަލޭމެން (مؤمن ން) އެ مشرك ންނާއި ބައްދަލުކުރިހިނދު ކަލޭމެންގެ ލޯތަކަށް އެ مشرك ން މަދުކަމުގައި އެކަލާނގެ ދައްކަވައި އަދި އެމީހުންގެ ލޯތަކަށް ކަލޭމެން މަދުކަމުގައި އެކަލާނގެ ދެއްކެވީ އެކަލާނގެ تقدير ގައި ވާނޭކަމަށް ނިމިފައިވާކަމެއް ނިންމަވާ ނިޔާކުރެއްވުމަށެވެ. ކަލޭމެންނަށް ދެއްކެވުމަށެވެ. (އެއީ مشرك ންގެ މައްޗަށް مؤمن ން ގަދަކުރައްވައި ﷲ ގެ كلمة ފުޅު މަތިވެރިކުރެއްވުމަށްޓަކައެވެ. އަދި އެންމެހައިކަމެއް رُجُوعَ ވުންވަނީ ﷲ ގެ حضرة އަށެވެ.
-
8:45
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمْ فِئَةً فَٱثْبُتُوا۟ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ
Yaaaʹayyuhal laẓeena ʹaamanooo ʹiẓaa laq̣eetum fiʹatañ fas̤butoo waẓkurul laaha kas̤eeral laʻallakum tufliḥoon:
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނާއި (ހަނގުރާމަވެރި ކާފަރު) جماعة އެއް ބައްދަލުވެއްޖެއްޔާ (ميدان ގައި) ރަނގަޅަށް ސާބިތުވާށެވެ! އަދި ﷲ އަށް ގިނަގިނައިން ذِكر ކުރާށެވެ! (ﷲ ހަނދާންކުރުން ގިނަކުރާށެވެ!) އެއީ ކަލޭމެނަށް ކާމިޔާބުވެ ނަސީބު ލިބުމަށެވެ.
-
8:46
وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ
Wa-ʹaṭeeʻul laaha wa-Rasoolahoo wa-laa tanaazaʻoo fatafshaloo wa-taẓhaba reeḥukum waṣbiroo: ʹinnal laaha maʻaṣ Ṣaabireen.
އަދި ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އާއަށް ކިޔަމަންތެރިވާށެވެ! - އަދި ކަލޭމެން (ކަންކަމުގައި) ދެބަސްނުވާށެވެ! އަރައިރުން ނުވާށެވެ! (އެހެން ހަދައިފިއްޔާ އެބަހީ: ދެބަސްވަންޏާ) ކަލޭމެން ބަލިކަށިވެ ދެރަވެދާނެއެވެ. ދެން އޭރުން ކަލޭމެންގެ ވަސްފިލައިދާނެއެވެ. އަދި ކަލޭމެން ކެތްތެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކުގައެވެ.
-
8:47
وَلَا تَكُونُوا۟ كَٱلَّذِينَ خَرَجُوا۟ مِن دِيَـٰرِهِم بَطَرًا وَرِئَآءَ ٱلنَّاسِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۚ وَٱللَّهُ بِمَا يَعْمَلُونَ مُحِيطٌ
Wa-laa takoonoo kallaẓeena kharajoo miñ diyaarihim̃ baṭarañw wariʹaaaʹan naasi wa-yaṣuddoona ʻañ Sabeelil laah: wallaahu bimaa yaʻmaloona Muḥeeṭ.
އަދި ބޮޑާވެގެންވާ حال މީސްތަކުންނަށް ދެއްކެވުމަށްޓަކައި ތިމާމެންގެ ގޮވަތި ގެދޮރުތަކުން ނުކުތް މީހުން ފަދައިން ކަލޭމެން (مؤمن ން) ނުވާށެވެ! އަދި އެމީހުންނަކީ ﷲ ގެ މަގުން މީސްތަކުން ބަންދުކޮށް ހިފަހައްޓާ މީހުންނެވެ. އަދި ﷲ އީ އެމީހުންކުރާ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
8:48
وَإِذْ زَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ وَقَالَ لَا غَالِبَ لَكُمُ ٱلْيَوْمَ مِنَ ٱلنَّاسِ وَإِنِّى جَارٌ لَّكُمْ ۖ فَلَمَّا تَرَآءَتِ ٱلْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّى بَرِىٓءٌ مِّنكُمْ إِنِّىٓ أَرَىٰ مَا لَا تَرَوْنَ إِنِّىٓ أَخَافُ ٱللَّهَ ۚ وَٱللَّهُ شَدِيدُ ٱلْعِقَابِ
Wa-ʹiẓ zayyana lahumush Shayṭaanu ʹaʻmaalahum Waq̣aala laa- g̣aaliba lakumul yawma minan naasi wa-ʹinnee jaarul lakum. Falammaa taraaaʹatil fiʹataani nakaṣa ʻalaa ʻaq̣ibayhi wa-q̣aala ʹinnee bareeeʹum miñkum ʹinneee ʹaraa Maa laa- tarawna ʹinneee ʹakhaaful laah; wallaahu Shadeedul ʻiq̣aab.
އަދި شيطان އެމީހުންނަށް އެބަހީ: مشرك ންނަށް - އެމީހުންގެ ނުބައި عمل ތައް ޒީނަތްތެރިކޮށްދިންހިނދު އޭނާ އެމީހުންނަށް ބުންޏެވެ. މިއަދު މީސްތަކުންކުރެ އެކަކުވެސް ކަލޭމެންގެ މައްޗަށް ގަދަނުވާނެއެވެ. އަހުރެން މިހުރީ ކަލޭމެންގެ އަވައްޓެރި އެހީތެރިއަކަށެވެ. ދެންފަހެ ދެ لشكر އޭނާ ދުއްހިނދު އެބަހީ: مؤمن ންގެ لشكر އާއި مشرك ންގެ لشكر އޭނާ ދުއްހިނދު އޭނާ ފަހަތަށް ފަހަތަށްހުރެ ދާންފަށައިފިއެވެ. އަދި ބުންޏެވެ. ހަމަކަށަވަރުން އަހުރެން މިވަނީ ކަލޭމެންގެ ކިބައިން ބަރީއަވެގެންނެވެ. ކަލޭމެނަށް ނުފެންނަތަކެތި އަހުރެންނަށް އެބަފެނެއެވެ. ހަމަކަށަވަރުން އަހުރެން ﷲ އަށް ބިރުވެތިވަމެވެ. އަދި ﷲ އީ عقوبة ދެއްވުން ގަދަފަދަވަންތަވެވޮޑިގެންވާ ކަލާނގެއެވެ. شيطان ފަހަތަށް ފަހަތަށްޖެހުނީ مؤمن ންގެ لشكر ގައިވާ މަލާއިކަތްބޭކަލުން ފެނިގެންނެވެ. • ދަންނައެވެ! بَدْرُ ހަނގުރާމަ ހިނގިދުވަހު އެ ميدان އަށް شيطان ދިޔައީ مكّة ގެ ކާފަރު لشكر އަށް އެހީވާގޮތް ދައްކައިގެން بَنِي مُدْلَجُ ވަންހައިގެ سُرَاقَةُ بنُ مَالِك بنُ جَعْشَم ގެ ސިފައިގާ ސިފައިންނާވެސް އެކުގައެވެ. ދެންފަހެ އެސޮރު قريش ންގެ ކާފަރު لشكر އަށް يقين ކޮށްދީ ބުނެހެދީ، މިއަދު ކަލޭމެންގެ މައްޗަށް އެކަކުވެސް ގަދަނުވާނެކަމުގައެވެ. އެހެނީ މަވެސް މިހުރީ ހަމަ ކަލޭމެންގެ جَارُ އަކަށެވެ. އެހީތެރިއަކަށެވެ. މިގޮތުން ވަރަށް ސަޅިކަނޑާފައި އުޅެނިކޮށް مؤمن ންގެ لشكر ން ملائكة ބޭކަލުން ފެނި އަދި جبريل ވަޑައިގެން އޭނާ ހިފަހައްޓަވަން އުޅުއްވަނިކޮށް އަވަހަށް ދުވެ ރައްކާވާން އުޅެނިކޮށް مشرك ންގެމީހަކު އޭނާއަށް ގޮވާލާފައި ބުންޏެވެ. ބަލަގަ سُرَاقَة އެވެ. ކަލޭ ތިޔައީ އަހުރެމެންނަށް އެހީވާން އައިމީހަކުކަމުގައި ބުނެފައި ތިޔަދަނީ ކީއްވެގެންހެއްޔެވެ؟ އެހިނދު އެސޮރު ބުންޏެވެ. އަހުރެން މިވަނީ ކަލޭމެންގެ ކިބައިން ބަރީއަވެގެންނެވެ. ކަލޭމެންނަށް ނުފެންނަތަކެތި މަށަށް އެބަފެނެއެވެ. އަދި ﷲ އަށް އަހުރެން ބިރުވެތިވަމެވެ. ﷲ އީ ނުހަނު عقوبة ގަދަވެގެންވާ ކަލާނގެއެވެ. = تفسيرالطبري އިން =
-
8:49
إِذْ يَقُولُ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ غَرَّ هَـٰٓؤُلَآءِ دِينُهُمْ ۗ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٌ
ʹIẓ yaq̣oolul Munaafiq̣oona wallaẓeena fee q̣uloobihim maraḍun g̣arra haaaʹulaaaʹi Deenuhum. Wa-mañy yatawakkal ʻalal laahi faʹinnal laaha ʻAzeezun Ḥakeem.
އަދި منافق ންނާއި އަދި އެ އެބައެއްގެ ހިތްތަކުގައި (إيمان ކަމާއިމެދު ޝައްކުވުމުގެ) ބަލިކަށިކަންވާ މީހުން ބުނިހިނދު (ހަނދުމަފުޅުކުރައްވާށެވެ! އެމީހުން ބުންޏެވެ.) މިމީހުން يعني (محمّد ގެފާނާއި އެކަލޭގެފާނަށް تبع ވެގެންވާމީހުން) އެމީހުންގެ دين އެމީހުން ހެއްލުންތެރިކުރުވައިފިއެވެ. (އޭގެ مناسبة ގައި ﷲ އެންގެވިއެވެ.) އެމީހަކު ﷲ އަށް وكيل ކޮށް އިތުބާރުކޮށްފިމީހާ (ދަންނައެވެ! އެމީހަކަށް އެކަލާނގެ ފުދޭނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ. • ދަންނައެވެ! މިމީހުންނަކީ بَدْر ހަނގުރާމައަށް ނުކުތްބަޔަކުކަމުގައި ވިއެވެ. ނަމަވެސް ހަނގުރާމައިގައި ބައިވެރި ނުވެއެވެ. ކާފަރުންގެ ނިސްބަތުގައި مؤمن ންގެ لشكر ގެ މީހުން މަދުކަމުން އެމީހުން ބުނީ މި مؤمن ން މިހާގިނަ مشرك ންނާއި ހަނގުރާމަކުރަން އެނުކުތީ އެމީހުންގެ دين ގެ ސަބަބުން ހެއްލިގެންނެވެ. އެމީހުން އެހެންބުނީ مؤمن ން ދެރަވާނެކަމަށް ހީކޮށްގެނެވެ. والله أعلم)
-
8:50
وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ
Wa-law taraaa ʹiẓ yatawaffal laẓeena kafarul malaaaʹikatu yaḍriboona wujoohahum wa-ʹadbaarahum: wa-ẓooq̣oo ʻAẓaabal ḥareeq̣!
(އޭ رسول ﷲ އެވެ!) ކާފަރުންގެ މީހުންގެ ފުރާނަތައް ملائكة ބޭކަލުން ހިއްޕަވާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނަމައެވެ. އަދި އެބޭކަލުން އެ مشرك ންގެ މޫނުތަކުގައްޔާއި ފޫކޮޅުގައި ތަޅުއްވަމުން ވިދާޅުވެއެވެ. ކަލޭމެން އަލިފާނުގެ عذاب ގެ ރަހަ ލިބިގަންނާށެވެ. (އެއީ قيامة ދުވަހުން ދެއްވާނެ عذاب އެއްކަމުގައި ވެއެވެ.)
-
8:51
ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّـٰمٍ لِّلْعَبِيدِ
Ẓaalika bimaa q̣addamat ʹaydeekum wa-ʹannal laaha laysa biz̤̣allaamil lil-ʻabeed:
މި عذاب ކަލޭމެންނަށް ދެއްވަނީ ކަލޭމެން އަތްތަކުން އިސްކޮށްފައިވާ ނުބައި ކަންތައްތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން ﷲ تعالى އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގަންނަވާ ކަލަކުކަމުގައި ނުވެއެވެ.
-
8:52
كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ إِنَّ ٱللَّهَ قَوِىٌّ شَدِيدُ ٱلْعِقَابِ
Kadaʹbi ʹAali Firʻawna wal-laẓeena miñ q̣ablihim: kafaroo biʹAayaatil laahi faʹakhaẓahumul laahu biẓunoobihim. ʹInnal laaha Q̣awiyyuñ Shadeedul ʻiq̣aab.
فرعون އާއި އަދި އޭގެކުރީގެ މީހުންގެ އާދަފަދައިންނެވެ. (އެބަހީ: بَدْر ހަނގުރާމައިގައި މަރުވެދިޔަ ކާފަރުންނަށްވެސް އެދިމާވީ فرعون އާއި ދެންވެސް އެބާވަތުގެ ނުބައި ނުލަފާ މީހުންނަށް ދިމާވިފަދައިންނެވެ.) އެމީހުންވެސް ﷲ ގެ އާޔަތްތަކަށް ކާފަރުވީއެވެ. ދެން ﷲ تعالى އެމީހުން ހިއްޕަވައި ހަލާކުކުރެއްވީއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ އަދި عقوبة ދެއްވުން ގަދަފަދަވަންތަ ކަލާނގެއެވެ.
-
8:53
ذَٰلِكَ بِأَنَّ ٱللَّهَ لَمْ يَكُ مُغَيِّرًا نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۙ وَأَنَّ ٱللَّهَ سَمِيعٌ عَلِيمٌ
Ẓaalika biʹannal laaha lam yakumu g̣ayyiran niʻmatan ʹanʻamahaa ʻalaa q̣awmin ḥattaa yug̣ayyiroo maa- biʹañfusihim wa-ʹannal laaha Sameeʻun ʻAleem:
އެހެންއެވީ، (އެބަހީ: بدر ހަނގުރާމައިގެ ދުވަހު ކާފަރުންނަށް އެހާބޮޑު عذاب އެއް ދެއްވައި ހަލާކުކުރެއްވީ އެމީހުންގެ ނުކިޔަމަންތެރިކަމުގެ ސަބަބުންނެވެ. އެހެނީ ހަމަކަށަވަރުން އެއްވެސް ބައެއްގެ މައްޗަށް ﷲ تعالى ދެއްވާފައިވާ نعمة، އެބައެއްގެ نفس ގައިވާ ކަންތައް އެބަޔަކު އަމިއްލައަށް ބަދަލުކޮށް تغيّر ކޮށްފުމަށްދާންދެން ﷲ تعالى އެބަޔަކަށް އެދެއްވި نعمة ބަދަލު ނުކުރައްވައެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ. • ދަންނައެވެ! قريش ންގެމައްޗަށް ﷲ ދެއްވި نعمة އަކީ ﷲ تعالى އެކަލާނގެ މާތް رسول އާ އެމީހުންގެތެރެއަށް ފޮނުއްވުމެވެ. ދެންފަހެ އެމީހުން އަމިއްލައަށް އެ نعمة ބަދަލުކުރީއެވެ. އެމާތް رسول އާއަށް إيمان ނުވެ، އަދި އެކަލޭގެފާނު ދޮގުކޮށް، އެރަށުން ނެރެ އަދި އެކަލޭގެފާނާ ހަނގުރާމަކުރުމެވެ. ދެންފަހެ ﷲ تعالى ދެއްވި އެބޮޑު نعمة ބަދަލުކުރައްވައި އެމީހުން ހަލާކު ކުރެއްވީއެވެ. އެއީ އިސްވެދިޔަ އެފަދަމީހުންނަށް އެކަލާނގެ ހެއްދެވިގޮތެވެ. (سُنَّةُ ﷲ وَلَن تَجِدَ لِسُنَّةِ اللَّهِ تَبْدِيِلاً)
-
8:54
كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِ رَبِّهِمْ فَأَهْلَكْنَـٰهُم بِذُنُوبِهِمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ ۚ وَكُلٌّ كَانُوا۟ ظَـٰلِمِينَ
Kadaʹbi ʹAali Firʻawna wallaẓeena miñ q̣ablihim: kaẓẓaboo biʹAayaati Rabbihim faʹahlaknaahum̃ biẓunoobihim wa-ʹag̣raq̣naaa ʹAala Firʻawn: wa-kulluñ kaanoo z̤̣aalimeen.
فرعون އާއި އޭނާގެ آلُ ންނާއި އަދި އެމީހުންގެ ކުރީގެ މީހުން ފަދައެވެ. (އެބަހީ: مكّة ގެ قريش ންގެ مشرك ންވެސް فرعون ގެ آلُ ންނާއި އަދި އެމީހުންގެ ކުރިން ވޭތިވެދިޔަ އެބާވަތުގެ ކާފަރުންނެކޭ ހަމައެއްގޮތެވެ.) އެމީހުން އެމީހުންގެ رَبّ ގެ އާޔަތްތައް ދޮގުކުރީއެވެ. (މިމީހުންވެސް މިމީހުންގެ رَبّ ގެ އާޔަތްތައް ދޮގުކުރަނީއެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ފާފަތަކުގެ ސަބަބުން އެމީހުން ހިއްޕަވާ ހަލާކުކުރެއްވީމެވެ. (މިމީހުންވެސް އީމާންނުވިއްޔާ އެންމެފަހުން ވާނީ އެހެންނެވެ.) އަދި فرعون އާއި އޭނާގެ މީހުން ކަނޑުގައި ތިމަންރަސްކަލާނގެ غرق ކުރެއްވީމެވެ. އެއެންމެންވީ އަނިޔާވެރިންކަމުގައެވެ.
-
8:55
إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُوا۟ فَهُمْ لَا يُؤْمِنُونَ
ʹInna sharrad dawaaabbi ʻiñdal laahil laẓeena kafaroo fahum laa- yuʹminoon.
ﷲ ގެ حضرة ގައި އެންމެނުބައި دابّة އަކީ ދިރޭ އެއްޗަކީ ކާފަރުންނެވެ. ފަހެ އެމީހުން إيمان ނުވެއެވެ. (ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން ތެދު ނުކުރެއެވެ.)
-
8:56
ٱلَّذِينَ عَـٰهَدتَّ مِنْهُمْ ثُمَّ يَنقُضُونَ عَهْدَهُمْ فِى كُلِّ مَرَّةٍ وَهُمْ لَا يَتَّقُونَ
ʹAllaẓeena ʻaahatta min-hum s̤umma yañq̣uḍoona ʻahdahum fee kulli marratiñw wahum laa- yattaq̣oon.
އެމީހުންނަކީ ކަލޭގެފާނު އެމީހުންނާ عهد ކޮށް އެގްރީމެންޓުކުރި މީހުންނެވެ. (އެއީ ދެފަރާތުގައި صُلْحَ ވެރިކަން ބާއްވައި އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ނުކުރުމަށާއި ހަނގުރާމަކުރާބަޔަކާ އެހީނުވުމަށާ ދެންވެސް އެބާވަތުގެ ކަންކަމުގައެވެ. އެއީ بَنِي قُرَيْظَة އާއި އެފަދަ މީހުންނެވެ.) ދެން އެމީހުން عهد ކުރި ކޮންމެފަހަރަކު عهد އުވާލައެވެ. އަދި އެމީހުން (ﷲ އަށް) ބިރުނުގަނެއެވެ. / ނުވަތަ އެ عهد އަށް ރައްކާތެރި ނުވެއެވެ.
-
8:57
فَإِمَّا تَثْقَفَنَّهُمْ فِى ٱلْحَرْبِ فَشَرِّدْ بِهِم مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ
Faʹimmaa tas̤q̣afannahum fil ḥarbi fasharrid bihim man khalfahum laʻallahum yaẓẓakkaroon.
ފަހެ ކަލޭގެފާނަށް ހަނގުރާމައިގައި އެމީހުންނާއި ބައްދަލުވެ އެމީހުންގެ މައްޗަށް ކުޅަދާނަވެއްޖެއްޔާ އެމީހުންގެ ފަހަތުގައިތިބި އެބާވަތުގެ މީހުން މިމީހުންގެ ސަބަބުން ބައިބައިވެ ވަކިވަކިވެގެންދާވަރުގެ އަދަބެއްދީ عقوبة ދެއްވާށެވެ. އެއީ އެބާވަތުގެ ކަމެއް ދެން ކުރަން ނުކެރޭވަރުކޮށްލުމަށެވެ. އެމީހުންނަށް عبرة އަކަށްވެ نصيحة ލިބިގަނޭތޯއެވެ.
-
8:58
وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَٱنۢبِذْ إِلَيْهِمْ عَلَىٰ سَوَآءٍ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْخَآئِنِينَ
Wa-ʹimmaa takhaafanna miñ q̣awmin khiyaanatañ fambiẓ ʹilayhim ʻalaa sawaaaʹ: ʹinnal laaha laa- yuḥibbul khaaaʹineen.
އަދި ބަޔަކުމީހުންގެ ފަރާތުން خيانة އެއްވުމުގެ ބިރުވެރިކަމެއް ކަލޭގެފާނަށް ވެއްޖެއްޔާ (އެބަހީ: عهد އުވާލުންފަދަ خيانة އެއްގެ ބިރުވެރިކަންވެއްޖެއްޔާ) ކަލޭގެފާނުވެސް އެމީހުންނަށް ހަމައެގޮތަށް އެކަން އެއްލައި ދެފަރާތް ހަމަހަމަކުރާށެވެ. (އެބަހީ: ކަލޭގެފާނުވެސް عهد އުވާލައި ހަނގުރާމައަށް ހުޅުވިގެންވާކަން އަންގާށެވެ. މިނުނު ނާޅިން މިނާގޮތަށެވެ.) އެހެނީ ހަމަކަށަވަރުން خيانة ތެރިންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
-
8:59
وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوا۟ سَبَقُوٓا۟ ۚ إِنَّهُمْ لَا يُعْجِزُونَ
Wa-laa yaḥsabannal laẓeena kafaroo sabaq̣oo: ʹinnahum laa- yuʻjizoon.
ކާފަރުންގެމީހުން (އަތުނުވެ) ދުވެކުރިއަރާ ދެވޭނެކަމަށް އެމީހުން ހީނުކުރާހުށިކަމެވެ. ހަމަކަށަވަރުން އެމީހުންނަށް ތިމަންރަސްކަލާނގެ ނުކުޅައްދައެއް ނުލެވޭނެއެވެ.
-
8:60
وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمْ وَءَاخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ ٱللَّهُ يَعْلَمُهُمْ ۚ وَمَا تُنفِقُوا۟ مِن شَىْءٍ فِى سَبِيلِ ٱللَّهِ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ
Wa-ʹaʻiddoo lahum mas taṭaʻtum miñ q̣uwwatiñw wamir ribaaṭil khayli turhiboona bihee ʻaduwwal laahi wa-ʻaduwwakum wa-ʹaakhareena miñ doonihim, laa- taʻlamoonahu mullaahu yaʻlamuhum. Wa-maa tuñfiq̣oo miñ shayʹiñ fee Sabeelil laahi yuwaffa ʹilaykum waʹañtum laa- tuz̤̣lamoon.
އަދި އެމީހުންނާ ހަނގުރާމަކުރުމަށް ބާރާއި ހަތިޔާރުގެތެރެއިންނާއި އަދި (ހަނގުރާމަމަތީ) އަސްބަނދެގެންނާއި މިހުރިހާ ގޮތަކުން ކުޅަދާނަވީހާ ވަރަކަށް ކަލޭމެން (مؤمن ން) ތައްޔާރުކުރާށެވެ! އެކަމުގެ ސަބަބުން ﷲ ގެ عدوّ ންނާއި ކަލޭމެންގެ عدوّ ން ބިރުގެންނެވުމަށެވެ. އަދި މިމީހުން ފިޔަވައި އެހެންބަޔަކުވެސް ބިރުގެންނެވުމަށެވެ. އެބަޔަކު ކަލޭމެންނަކަށް ނޭނގެއެވެ. އެބަޔަކު ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ ގެ މަގުގައި ކަލޭމެން އެހޭދަކުރި ކޮންމެއެއްޗެއް އެއެއްޗަކަށް ބަރާބަރު ފުރިހަމަ ޖަޒާއެއް ދެއްވާހުއްޓެވެ. އަދި ކަލޭމެނަށް އަނިޔާނުވެވޭހުއްޓެވެ. (މިއާޔަތުގައި މިނަންގަނެވިގެންވާ މީސްތަކުންނަށް ނޭނގޭ އަދި ﷲ އެބަޔަކު ދެނެވޮޑިގެންވާ ބަޔަކީ ކޮންބައެއްކަމާމެދު ބަސްތަފާތު ވެގެންވެއެވެ. އެއީ بَنُوْ قُرَيْظَة ކަމުގައި ބުނެވުނެވެ. އެއީ فارس ކަރައިގެ މީހުންކަމުގައި ބުނެވުނެވެ. އަދި އެއީ منافق ންކަމުގައި ބުނެވުނެވެ. އަދި އެއީ جنّ ންކަމުގައި ބުނެވުނެވެ. والله أعلم)
-
8:61
۞ وَإِن جَنَحُوا۟ لِلسَّلْمِ فَٱجْنَحْ لَهَا وَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
Wa-ʹiñ janaḥoo lissalmi fajnaḥ lahaa wa-tawakkal ʻalal laah: ʹinnahoo Huwas Sameeʻul ʻAleem.
އަދި އެމީހުން އެބަހީ އެކާފަރުން ހަނގުރާމަނުކޮށް صُلْحَ ވުމަށް ލެނބި އެކަމަށް އެދޭނަމަ ކަލޭގެފާނުވެސް އެމީހުންނާއި صُلْحَ ވުމަށް ލެނބި (صُلح ވުމުގެ قواعد ގެމަތީން) صلح ވާށެވެ. އަދި ﷲ އަށް وكيل ކޮށް އެކަލާނގެއަށް އިތުބާރުކުރާށެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
8:62
وَإِن يُرِيدُوٓا۟ أَن يَخْدَعُوكَ فَإِنَّ حَسْبَكَ ٱللَّهُ ۚ هُوَ ٱلَّذِىٓ أَيَّدَكَ بِنَصْرِهِۦ وَبِٱلْمُؤْمِنِينَ
Wa-ʹiñy yureedooo ʹañy yakhdaʻooka faʹinna ḥasbakal laah. Huwal laẓeee ʹayyadaka binaṣrihee wa-bil-Muʹmineen.
އަދި އެމީހުން ކަލޭގެފާނަށް މަކަރުހަދާ ކެހިދޭން قصد ކުރަންޏާވެސް ﷲ تعالى ކަލޭގެފާނަށް ފުދިވޮޑިގެންވެއެވެ. ނުވަތަ އެކަލާނގެ ކަލޭގެފާނަށް ފުއްދަވައިދެއްވާނެއެވެ. އެކަލާނގެ نصر ން نصر ދެއްވައިގެންނާ އަދި مؤمن ންގެ ފަރާތުން (أنصاريّ ބޭކަލުންގެ ފަރާތުން) ކަލޭގެފާނަށް نصر ދެއްވައި ކަލޭގެފާނުންގެ ކަންތައް ގަދަކޮށްދެއްވީ ހަމަ އެކަލާނގެއެވެ.
-
8:63
وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِى ٱلْأَرْضِ جَمِيعًا مَّآ أَلَّفْتَ بَيْنَ قُلُوبِهِمْ وَلَـٰكِنَّ ٱللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُۥ عَزِيزٌ حَكِيمٌ
Wa-ʹallafa bayna q̣uloobihim. Law ʹañfaq̣ta maa- fil ʹarḍi jameeʻam maaa ʹallafta bayna q̣uloobihim wa-laakinnal laaha ʹallafa baynahum; ʹinnahoo ʻAzeezun Ḥakeem.
އަދި އެކަލާނގެ އެބައިމީހުންގެ (އެބަހީ: أنصارىّ ބޭކަލުންކުރެ أَوْسُ ވަންހަޔާއި خَزْرَجُ ވަންހަޔާއި ދެބައިމީހުންގެ) ހިތްތައް އެކުވެރިކުރައްވައި އެއްކުރެއްވިއެވެ. ބިންމަތީގައިވާހާ ތަކެތި ހޭދަކޮށްގެން ކަލޭގެފާނު އެމީހުން އެކުވެރިކުރައްވަން މަސައްކަތް ކުރެއްވިނަމަވެސް) ކަލޭގެފާނަށް އެމީހުން އެކުވެރި ނުކުރެއްވުނީހެވެ. އަދި އެހެނެއްކަމަކު ﷲ އެމީހުންގެ ދެމެދު އެކުވެރިކުރެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
8:64
يَـٰٓأَيُّهَا ٱلنَّبِىُّ حَسْبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ
Yaaaʹayyuhan nabiyyu ḥasbukal lahu wa-manit tabaʻaka minal Muʹmineen.
އޭ نبيّ އާއެވެ! ކަލޭގެފާނަށާއި مؤمن ންގެތެރެއިން ކަލޭގެފާނަށް تبع ވެގެންވާ މީހުންނަށް ﷲ ފުދެއެވެ. (އެބަހީ: މީސްތަކުންގެ ނުބައިކަމުން دفاع ކޮށްދެއްވުމަށް ﷲ ފުދެއެވެ.)
-
8:65
يَـٰٓأَيُّهَا ٱلنَّبِىُّ حَرِّضِ ٱلْمُؤْمِنِينَ عَلَى ٱلْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَـٰبِرُونَ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُم مِّا۟ئَةٌ يَغْلِبُوٓا۟ أَلْفًا مِّنَ ٱلَّذِينَ كَفَرُوا۟ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ
Yaaaʹayyuhan Nabiyyu ḥarriḍil Muʹmineena ʻalal q̣itaal. ʹIñy yakum miñkum ʻishroona ṣaabiroona yag̣liboo miʹatayn; wa-ʹiñy yakum miñkum miʹatuñy yag̣libooo ʹalfam minal laẓeena kafaroo biʹannahum q̣awmul laa yafq̣ahoon.
އޭ نبيّ އާއެވެ! ހަނގުރާމަ ކުރުމުގެ މައްޗަށް مؤمن ތަކުންނަށް ކަލޭގެފާނު ހިތްވަރުދެއްވާ އެދުންވެރިކުރައްވާވާށެވެ. ކަލޭމެންގެ (مؤمن ންގެ) ތެރޭގައި ކެތްތެރި ވިހިމީހުން ތިބިއްޔާ (ކާފަރުންގެ) ދުއިސައްތަ މީހުންގެމައްޗަށް ގަދަވާނެއެވެ. އަދި ކަލޭމެންގެތެރޭގައި (ކެތްތެރި) ސަތޭކަމީހުން ތިބިއްޔާ ކާފަރުންގެ އެއްހާސް މީހުންގެމައްޗަށް ގަދަވާނެއެވެ. އެހެނީ ހަމަކަށަވަރުން އެމީހުންނަކީ ނުވިސްނޭ ބައެކެވެ. (މިއީ އިސްލާމްދީން ފެށިގަތްތާ ކުރީކޮޅުގެ قواعد އެވެ.)
-
8:66
ٱلْـَٔـٰنَ خَفَّفَ ٱللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِن يَكُن مِّنكُم مِّا۟ئَةٌ صَابِرَةٌ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوٓا۟ أَلْفَيْنِ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ
ʹAlʹaana khaffafal laahu ʻañkum wa-ʻalima ʹanna feekum ḍaʻfaa. Faʹiñy yakum miñkum miʹatuñ Ṣaabiratuñy yag̣liboo miʹatayn. Wa-ʹiñy yakum miñkum ʹalfuñy yag̣libooo ʹalfayni biʹiẓnil laah: wallaahu maʻaṣ Ṣaabireen.
މިހާރު ﷲ تعالى ކަލޭމެންނަށް ލުއިކޮށްދެއްވައިފިއެވެ. އަދި ކަލޭމެންގައި ضَعِيْفُ ކަން އެބަހީ ބަލިކަށިކަން ހުރިކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ އެހެންވެ، ކަލޭމެންގެތެރޭގައި ކެތްތެރި ސަތޭކަމީހުންވަންޏާ (ކާފަރުންގެ) ދުއިސައްތަމީހުންގެމައްޗަށް ގަދަވާނެއެވެ. އަދި ކަލޭމެންގެތެރޭގައި އެއްހާސްމީހުން ވަންޏާ އެމީހުންގެ ދެހާސްމީހުންގެ މައްޗަށް ގަދަވާނެއެވެ. އެއީ ﷲ ގެ އިޒުނަފުޅުންނެވެ. އަދި ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައެވެ. މިއީ މިހާރުގެ قواعد އެވެ.
-
8:67
مَا كَانَ لِنَبِىٍّ أَن يَكُونَ لَهُۥٓ أَسْرَىٰ حَتَّىٰ يُثْخِنَ فِى ٱلْأَرْضِ ۚ تُرِيدُونَ عَرَضَ ٱلدُّنْيَا وَٱللَّهُ يُرِيدُ ٱلْـَٔاخِرَةَ ۗ وَٱللَّهُ عَزِيزٌ حَكِيمٌ
Maa- kaana li-Nabiyyin ʹañy yakoona lahooo ʹasraa ḥattaa yus̤khina fil ʹarḍ. Tureedoona ʻaraḍad dunyaa, wallaahu yureedul ʹAakhirah: wallaahu ʻAzeezun Ḥakeem.
ހަނގުރާމައިގައި ހިފި ހައްޔަރުވާ ކާފަރުން (فِدْيَة ދީފާ ދޫކޮށްލުމަށް) އަސީރުންގެ ގޮތުގައި ބެއިތިއްބުމީ އެއްވެސް ނަބީއަކަށް އޮތްކަމެއްނޫނެވެ. ބިމުގައި އެކާފަރުން މަރައި ގިނަވެއްޖައުމަށްދާންދެނެވެ. (އެބަހީ: އެކާފަރުން މަރައި ބިމުގައި ގިނަލެއިތައް އޮހޮރުވައިލުން ހުއްޓެވެ.) އަދި ކަލޭމެން (އެމީހުން ހައްޔަރުކޮށް އަސީރުކުރުމުގައި) ތިޔަ އެދެނީ ދުނިޔޭގެ ތަކެއްޗާއި ދުނިޔޭގެ ބޭނުމެވެ. އަދި ﷲ އެދިވޮޑިގަންނަވަނީ آخرة އެވެ. އެތާނގެ ދަރުމަޔާ ثواب އެވެ. އަދި ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
8:68
لَّوْلَا كِتَـٰبٌ مِّنَ ٱللَّهِ سَبَقَ لَمَسَّكُمْ فِيمَآ أَخَذْتُمْ عَذَابٌ عَظِيمٌ
Law-laa Kitaabum minal laahi sabaq̣a lamassakum fee-maaa ʹakhaẓtum ʻaẓaabun ʻaz̤̣eem.
ﷲ ގެ حضرة ން ފޮތެއް އިސްވެގޮސްފައިނުވާނަމަ ކަލޭމެން ތިޔަ ހިފިތަކެތީގެ ސަބަބުން ކަލޭމެންނަށް ބޮޑުވެގެންވާ عذاب އެއް އަތުވެއްޖައީހެވެ. (އެބަހީ: ﷲ ގެ ނިޔާގައި بَدْر ހަނގުރާމައިގެ أهل ވެރީންނަށް ފާފަފުއްސެވުން އިސްވެގޮސްފައިނުވާނަމަ ހައްޔަރުވި ކާފަރުން އަތުން فدية ނަންގަވާފައި އެމީހުން ދޫކޮށްލުމުގެ ސަބަބުން ބޮޑުވެގެންވާ عذاب އަތުވެއްޖައީހެވެ.)\n• މިދެތިން އާޔަތުގައި މިވަނީ بدر ހަނގުރާމައިގައި ހައްޔަރުވި ކާފަރުންގެ އަތުން فدية ނަންގަވާ ދޫކޮށްލުމާމެދު އައިސްފައިވާ ބައެއް خبر އެވެ. ކޮންމެއަކަސް فدية ނަގައި އެމީހުން ދޫކޮށްލުމަކީ ﷲ އެދިވޮޑިގެންނެވިގޮތެއް ކަމުގައި ނުވިއެވެ. އެވާހަކައިގެ تفصيل ތައް حديث ފޮތްތަކާއި سيرة ފޮތްތަކުގައި ރަނގަޅަށް ބަޔާންވެގެންވެއެވެ.)
-
8:69
فَكُلُوا۟ مِمَّا غَنِمْتُمْ حَلَـٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Fakuloo mimmaa g̣animtum ḥalaalañ ṭayyibaa; watta q̣ullaah: ʹinnal laaha G̣afoorur Raḥeem.
ފަހެ ކަލޭމެން غنيمة ކުރި ތަކެތީގެތެރެއިން ރަނގަޅު حلال ތަކެތި ކަލޭމެން ކާށެވެ! (އެބަހީ: ﷲ ކަލޭމެނަށް حلال ކަމުގައި ދެއްކެވި އެއްޗެއްގެ ބޭނުންކުރާށެވެ!) އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
8:70
يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّمَن فِىٓ أَيْدِيكُم مِّنَ ٱلْأَسْرَىٰٓ إِن يَعْلَمِ ٱللَّهُ فِى قُلُوبِكُمْ خَيْرًا يُؤْتِكُمْ خَيْرًا مِّمَّآ أُخِذَ مِنكُمْ وَيَغْفِرْ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
Yaaaʹayyuhan Nabiyyu q̣ul limañ feee ʹaydeekum minal ʹasraaa ʹiñy yaʻlamil laahu fee q̣uloobikum khayrañy yuʹtikum khayram mimmaaa ʹukhiẓa miñkum wa-yag̣fir lakum: wallaahu G̣afoorur Raḥeem.
އޭ نبي ކަލޭގެފާނެވެ! ކަލޭގެފާނުންގެ އަތްޕުޅުގައި ހަނގުރާމައިގެ އަސީރުންގެގޮތުގައި ހައްޔަރުވެފައިތިބިމީހުނަށް ވިދާޅުވާށެވެ! ކަލޭމެންގެ ހިތްތަކުގައި އެއްވެސް ހެޔޮކަމެއްވާކަމުގައި (އެބަހީ: إسلام ކަމާއި إيمان ކަމުގެ އެއްވެސް މިންވަރެއް ވާކަމުގައި) ﷲ ދެނެވޮޑިގެންވަންޏާ (އެކަލާނގެ ހުރިހާކަމެއްވެސް ދެނެވޮޑިގެންވެއެވެ.) ކަލޭމެންގެއަތުން فدية ގެގޮތުގައި ނެގެވުނުތަކެއްޗަށްވުރެ މާހެޔޮތަކެތި އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ. އަދި އެކަލާނގެ ކަލޭމެނަށް ފުއްސަވާނެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
8:71
وَإِن يُرِيدُوا۟ خِيَانَتَكَ فَقَدْ خَانُوا۟ ٱللَّهَ مِن قَبْلُ فَأَمْكَنَ مِنْهُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
Wa-ʹiñy yureedoo khiyaanataka faq̣ad khaanul laaha miñ q̣ablu faʹamkana minhum. Wallaahu ʻAleemun Ḥakeem.
އަދި އެމީހުން ކަލޭގެފާނަށް خيانة ތެރިވުމަށް قصد ކުރަންޏާވެސް (އެބަހީ: إيمان ނުވެ ތިބެ إيمان ވީކަމުގައި ފައުޅުކުރިޔަސް އެއީ عجائب ކަމެއްނޫނެވެ.) އެމީހުން އެތިބީ އޭގެކުރިން ﷲ އަށް خيانة ތެރިވެފައެވެ. (އެމީހުން އެކަލާނގެއަށް ކާފަރުވެ އަދި ކަލޭގެފާނާއި ހަނގުރާމަ ކުރީއެވެ.) ދެންފަހެ ބަދުރު ހަނގުރާމައިގައި އެމީހުން އަތުލައިގަނެވޭނެގޮތް އެކަލާނގެ ހަމަޖެއްސެވިއެވެ. ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.
-
8:72
إِنَّ ٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ وَٱلَّذِينَ ءَامَنُوا۟ وَلَمْ يُهَاجِرُوا۟ مَا لَكُم مِّن وَلَـٰيَتِهِم مِّن شَىْءٍ حَتَّىٰ يُهَاجِرُوا۟ ۚ وَإِنِ ٱسْتَنصَرُوكُمْ فِى ٱلدِّينِ فَعَلَيْكُمُ ٱلنَّصْرُ إِلَّا عَلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
ʹInnal laẓeena ʹaamanoo wa-haajaroo wa-jaahadoo biʹamwaalihim wa-ʹañfusihim fee Sabeelil laahi wallaẓeena ʹaawaw Wanaṣarooo ʹulaaaʹika baʻḍuhum ʹawliyaaaʹu baʻḍ. Wallaẓeena ʹaamanoo wa-lam yuhaajiroo maa- lakum miñw walaayatihim miñ shayʹin ḥattaa yuhaajiroo; wa-ʹinis tañṣarookum fid deeni faʻalayku munnaṣru ʹillaa ʻalaa q̣awmim baynakum wa-baynahum Mees̤aaq̣. Wallaahu bimaa taʻmaloona Baṣeer.
ހަމަކަށަވަރުން إيمان ވެގެން އަދި هجرة އަށް ދިޔަ މީސްތަކުން (މިއީ مُهاجر ންގެ ވާހަކައެވެ.) އަދި އެމީހުންގެ ޖާނާމާލުން ﷲ ގެ މަގުގައި جهاد ކުރިމީހުންނާއި - އަދި (هجرة އަށް ދިޔަމީހުންނަށް ގޯތިގެދޮރު ހަމަޖައްސައިދީ އަދި އެމީހުންނަށް نصر ދިންމީހުން (ދަންނައެވެ!) (މިމީހުންނަކީ مدينة ގެ أنصارىّ ބޭކަލުންނެވެ.) މިދެބައިމީހުން އެއީ އޭގެ އެއްބަޔަކު އަނެއްބައެއްގެ ސަހަރޯވެރިންނެވެ. = (عَداَوة ތެރިންގެމައްޗަށް އެއްއަތެކެވެ. އެއްބަޔަކީ އަނެއްބައެއްގެ أخ ންނެވެ. (وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّهِ ۗ) މިއާޔަތް ބާވައިލައްވަންދެން ދެބައިމީހުންގެ ދެމެދުގައި ވާރުތަވުންވެސް އޮތްކަމުގައިވިއެވެ.) އަދި إيمان ވެގެން مدينة އަށް هجرة އަށް ނުގޮސްތިބިމީހުން (ދަންނައެވެ!) އެމީހުންގެ ސަހަރޯވެރިކަމުގެ އެއްވެސްކަމެއް ކަލޭމެންނަކަށް ނުވެއެވެ. (އެބަހީ: އެމީހުންނަށް އެހީވެ ވާރުތަކުރުމުގެ އެއްވެސްކަމެއް ކަލޭމެންނަށް واجب އެއްނޫނެވެ. އެއީ އެމީހުން هجرة އަށް ދާންދެނެވެ. އެކަމަކު އެމީހުން ދީނުގެގޮތުން ކަލޭމެންގެކިބައިން نصر އާއި ވާގިވެރިކަން އެދެފިއްޔާ (އެބަހީ: مشرك ންނާއި އިދިކޮޅަށް ހަނގުރާމަކުރުމަށް نصر އެދެފިއްޔާ) އެމީހުންނަށް نصر ދިނުން ކަލޭމެނަށް واجب އެވެ. ނަމަވެސް އެބަޔަކާއި ކަލޭމެނާއި ދެމެދު (ހަނގުރާމަކުރުމުގެ) عهد އެއްވާ ބަޔަކާ އިދިކޮޅަށް نصر ދީ އެހީވުމެއްނެތެވެ. އަދި ﷲ އީ ކަލޭމެންކުރާ ކަންތައްތައް ދެކެވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
-
8:73
وَٱلَّذِينَ كَفَرُوا۟ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُن فِتْنَةٌ فِى ٱلْأَرْضِ وَفَسَادٌ كَبِيرٌ
Wallaẓeena kafaroo baʻḍuhum ʹawliyaaaʹu baʻḍ: ʹillaa tafʻaloohu takuñ fitnatuñ fil ʹarḍi wa-fasaaduñ kabeer.
އަދި ކާފަރުވީ މީސްތަކުން އޭގެ އެއްބަޔަކު އެއީ އަނެއްބައެއްގެ ސަހަރޯވެރިންނެވެ. (އެއްބަޔަކު އެއީ އަނެއްބައެއްގެ نصر ވެރިންނެވެ. ވާގިވެރިންނެވެ. އަދި ކަލޭމެން (مؤمن ން) އެކަން ނުކުރިއްޔާ - އެބަހީ ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް ދީނުގެ ގޮތުން نصر ނުދީފިއްޔާ ނުވަތަ ވާރުތަނުކުރިއްޔާ ބިންމަތީގައި فتنة އަކަށް ވާނެއެވެ. އަދި ބޮޑު ފަސާދައަކަށް ވާނެއެވެ.
-
8:74
وَٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ
Wallaẓeena ʹaamanoo wa-haajaroo wa-jaahadoo fee Sabeelil laahi wallaẓeena ʹaawaw Wanaṣarooo ʹulaaaʹika humul Muʹminoona ḥaq̣q̣aa: lahum mag̣firatuñw warizq̣uñ Kareem.
އަދި އީމާންވެގެން مدينة އަށް هجرة އަށްގޮސް އަދި ﷲ ގެ މަގުގައި جهاد ކުރި މީހުންނާއި (އެބަހި: مُهَاجِرِىَّ ބޭކަލުންނާއި) އަދި އެމީހުންނަށް ގޮވަތިގެދޮރުދީ نصر ދިން މީހުންނާއި (އެބަހީ: مدينة ގެ أنصارىّ ބޭކަލުންނާއި) އެދެބައިމީހުންނަކީ ކަނޑައެޅިގެން حقّ مؤمن ންނެވެ. އެމީހުންނަށް ހުރީ ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުޤެވެ.
-
8:75
وَٱلَّذِينَ ءَامَنُوا۟ مِنۢ بَعْدُ وَهَاجَرُوا۟ وَجَـٰهَدُوا۟ مَعَكُمْ فَأُو۟لَـٰٓئِكَ مِنكُمْ ۚ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَـٰبِ ٱللَّهِ ۗ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌۢ
Wallaẓeena ʹaamanoo mim baʻdu wa-haajaroo wa-jaahadoo maʻakum faʹulaaaʹika miñkum. Wa-ʹulul ʹarḥaami baʻḍuhum ʹawlaa bibaʻḍiñ fee Kitaabil laah. ʹInnal laaha bikulli shayʹin ʻAleem.
އަދި އޭގެފަހުގައި އެބަހީ މިއާޔަތް ބާވައިލެއްވުމަށްފަހު ނުވަތަ مهاجرىّ ބޭކަލުންނާއި أنْصَارىّ ބޭކަލުންގެ وِلاَيَة އަށްފަހު އެދެބައިމީހުންގެ حكم ބަޔާންކުރުމަށްފަހު ދެން އީމާންވެގެން هجرة އަށްގޮސް ކަލޭމެން مؤمن ންނާއިއެކު جهاد ކޮށްހެދި މީހުންވަނީ ހަމަ ކަލޭމެންގެ ތެރެއިންނެވެ. نصر ދިނުމާ އެހީވުމާއި ވާރުތަވުމުގެގޮތުން ކުރިން އެދިޔަ މީހުންނަށްވެސް އޮތް حكم އަދި އެ حقّ މިމީހުންގެމައްޗަށްވެސް ހަމަ އޮންނާނެއެވެ. އަދި ގާތްތިމާގެމީހުން އޭގެ އެއްބައެއްގެ މައްޗަށް އަނެއްބަޔަކު حقّ ކަންބޮޑެވެ. އައުލާވެގެންވެއެވެ. އެއީ ﷲ ގެ ފޮތުގެ حكم އެވެ. ހަމަކަށަވަރުން ﷲ تعالى އީ ހުރިހާކަމެއް - އަދި ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
Surah At-TawbahBegins here at 9:1
-
9:1
بَرَآءَةٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلَّذِينَ عَـٰهَدتُّم مِّنَ ٱلْمُشْرِكِينَ
BARAAAʹATUM MINAL LAAHI wa-Rasooliheee ʹilal laẓeena ʻaahattum minal Mushrikeen:―
މިއީ (ކަލޭމެން مؤمن ންނާއި) عهد ކުރި، (އެގްރީމެންޓްކުރި) مشرك ންގެ ކިބައިން ﷲ އާއި އެކަލާނގެ رسول އާގެ ފަރާތުން ވާ ބަރީއަވުމެކެވެ. ބަރީއަވާކަން އެންގުމެވެ. (އެއީ އެމީހުން رسول ﷲ ﷺ އާއި އެމީހުންނާ ދެމެދުވީ عهد އާއި އެގްރީމެންޓާއި އެމީހުން خلاف ވެގެންނެވެ. رسول ﷲ ﷺ އާއި ކުރާ عهد އަކީ މުޅި إسلامى أمّة އާ ކުރާ عهد އެވެ.)
-
9:2
فَسِيحُوا۟ فِى ٱلْأَرْضِ أَرْبَعَةَ أَشْهُرٍ وَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۙ وَأَنَّ ٱللَّهَ مُخْزِى ٱلْكَـٰفِرِينَ
Faseeḥoo fil ʹarḍi ʹarbaʻata ʹashhuriñw waʻlamooo ʹannakum g̣ayru muʻjizil laahi wa-ʹannal laaha mukhzil kaafireen.
(އޭ مشرك ންނޭވެ!) ހަތަރުމަސްދުވަސްވާންދެން ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް އުޅޭށެވެ. (އޭގެފަހުގައި ދެން ހަނގުރާމައެވެ.) އަދި ކަލޭމެން ދަންނާށެވެ! ކަލޭމެންނަކީ ﷲ ނުކުޅައްދައިލެވޭނެ ބައެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ އީ ކާފަރުން ދެރަކޮށް ނިކަމެތިކުރައްވާނޭ ކަލާނގެއެވެ.
-
9:3
وَأَذَٰنٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوْمَ ٱلْحَجِّ ٱلْأَكْبَرِ أَنَّ ٱللَّهَ بَرِىٓءٌ مِّنَ ٱلْمُشْرِكِينَ ۙ وَرَسُولُهُۥ ۚ فَإِن تُبْتُمْ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۗ وَبَشِّرِ ٱلَّذِينَ كَفَرُوا۟ بِعَذَابٍ أَلِيمٍ
Wa-ʹaẓaanum minal laahi wa-Rasooliheee ʹilan naasi yawmal Ḥajjil ʹAkbari ʹannal laaha bareeeʹum minal mushrikeena wa-Rasooluh. Faʹiñ tubtum fahuwa khayrul lakum: wa-ʹiñ tawallaytum faʻlamooo ʹannakum g̣ayru muʻjizil laah. Wa-bashshiril laẓeena kafaroo biʻaẓaabin ʹaleem:
އަދި (މިއީ) ބޮޑުވެގެންވާ حجّ ދުވަހު - يعني: ބޮޑު عيد ދުވަހު - އެންމެހައި މީސްތަކުންނަށް ﷲ އާއި އެކަލާނގެ رسول އާގެ ފަރާތުން ކުރައްވާ إعلان އެކެވެ. އެންގެވުމެކެވެ. އެއީ ހަމަކަށަވަރުން ﷲ ވަނީ مشرك ންގެ ކިބައިން ބަރީއަވެގެންނެވެ. އަދި އެކަލާނގެ رسول އާވެސް ވަނީ (مشرك ންގެ ކިބައިން) ބަރީއަވެވަޑައިގެންނެވެ. (އެކަން އަންގައި إعلان ކުރުމެކެވެ.) އަދި ކަލޭމެން (مشرك ން) توبة ވެ ﷲ ގެ މަގަށް رجوع ވެއްޖެއްޔާ އެއީ ކަލޭމެންނަށްވާ ހެވެވެ. އަދި ކަލޭމެން އެނބުރި ފުރަގަސްދީފިއްޔާވެސް ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ކަލޭމެންނަކީ ﷲ ނުކުޅައްދައިލެވޭނެ ބައެއްނޫނެވެ. (އެބަހީ: ކަލޭމެން ކޮންމެތާކު ފިލާރައްކާވާން އުޅުނަސް އެކަލާނގެ ކަލޭމެން އަތުލައްވާނެތެވެ.) އަދި ކާފަރުންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!
-
9:4
إِلَّا ٱلَّذِينَ عَـٰهَدتُّم مِّنَ ٱلْمُشْرِكِينَ ثُمَّ لَمْ يَنقُصُوكُمْ شَيْـًٔا وَلَمْ يُظَـٰهِرُوا۟ عَلَيْكُمْ أَحَدًا فَأَتِمُّوٓا۟ إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ
ʹIllal laẓeena ʻaahattum minal mushrikeena s̤umma lam yañq̣uṣookum shayʹañw walam yuz̤̣aahiroo ʻalaykum ʹaḥadañ faʹatimmooo ʹilayhim ʻahdahum ʹilaa muddatihim: ʹinnal laaha yuḥibbul Muttaq̣een.
مشرك ންގެތެރެއިން ކަލޭމެން مؤمن ންނާއި عهد ކޮށް އެ عهد ން އެއްވެސް ތަންކޮޅެއް އުނި ނުކޮށް عهد މަތީ ރަނގަޅަށް ސާބިތުވެތިބެ އަދި ކަލޭމެން مؤمن ންނާއި خلاف ވެ ދެކޮޅުވެރި އެއްވެސް ބަޔަކާއި އެހީވެ ވާގިނުދީ ތިބި އެބަހީ: ކުރި عهد މަތީ ރަނގަޅަށް ތިބި مشرك ންނާއިމެދު ދަންނައެވެ! ފަހެ އެމީހުންގެ އެ عهد އޭގެ މުއްދަތު ހަމަވާންދެން ފުރިހަމަ ކުރާށެވެ! (އެމީހުންނަށް އެޔާޚިލާފުގޯނާ ނުކުރާށެވެ!) ހަމަކަށަވަރުން تقوى ވެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
-
9:5
فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Faʹiẓañ salakhal ʹAshhurul Ḥurumu faq̣tulul mushrikeena ḥays̤u wajattumoohum wa-khuẓoohum waḥṣuroohum waq̣ʻudoo lahum kulla marṣad. Faʹiñ taaboo wa-ʹaq̣aamuṣ Ṣalaata wa-ʹaatawuz Zakaata fakhalloo sabeelahum: ʹinnal laaha G̣afoorur Raḥeem.
ދެންފަހެ حرمة ތެރިވެގެންވާ މައްސަރުތައް ނިމިއްޖެއްޔާ. (އެބަހީ: مُحرّم މަސް ނިމިއްޖެއްޔާ) ދެން مشرك ންގެ މީހުން ކަލޭމެނަށް ފެނުނުތާކުން މަރާށެވެ! قتل ކުރާށެވެ! އަދި އެމީހުން ހިފާ އަސީރުކޮށް حَصَار ކޮށް އެބަހީ: އަމިއްލައަށް تَصَرّف ނުކުރެވޭ ގޮތަށް ބަންދުކޮށް ހަދާށެވެ! އަދި އެމީހުން އަތުލައިގަތުމަށް إنتظار ކުރެވޭ ކޮންމެ ތަނެއްގައި ކޮންމެ މަގެއްގައި إنتظار ކޮށް ބަލަބަލައި ތިބޭށެވެ! ދެންފަހެ އެމީހުން توبة ވެ އަދި އެމީހުން ނަމާދު قائم ކޮށް އަދި އެމީހުން ޒަކާތްދީ ހަދައިފިއްޔާ ދެން އެމީހުންގެ މަގުން އެމީހުން ދޫކޮށްލާށެވެ! (ދެން ނުބެހޭށެވެ!) ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ! تفسير الطّبرى ގައި إبن عبّاس ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައި ވެއެވެ. • بَرَاءَةُ ގެ އާޔަތް ބާވައިލެއްވުމުގެ ކުރިން رسول ﷲ ﷺ އާއި عهد އެއް ވެފައިވާ مشرك ންގެ مُدَّة އަކީ އެއާޔަތް إعلان ކުރެއްވުމަށްފަހު ربيع الآخر ގެ ދިހަވަނަ ދުވަހާއި ހަމައެވެ. އެއީ އެއަހަރުގެ حجّ މަހުގެ ދިހައަކުން އެއަހަރުގެ ربيع الآخر މަހުގެ ދިހައަކަށެވެ. ހަތަރުމަހެވެ. • مشرك ން ކުރެ عهد އުވާލައި ހެދިމީހުންނާމެދު ބަލާނެ عهد އެއް ނެތެވެ. (އެއީ محرّم މަސް ނިމެންދެނެވެ.)\n• އަދި مشرك ންކުރެ رسول ﷲ ﷺ އާއި عهد ކޮށް عهد އަށް އެއްވެސް ގޮތަކުން އުނިއިތުރު ނުކޮށް ސާބިތުވެތިބިމީހުންގެ مدّة އަކީ އެ عهد ގައިވާ مدّة ހަމަވާންދެނެވެ.
-
9:6
وَإِنْ أَحَدٌ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَـٰمَ ٱللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُۥ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ
Wa-ʹin ʹaḥadum minal mushrikeenas tajaaraka faʹajirhu ḥattaa yasmaʻa Kalaamal laahi s̤umma ʹablig̣hu maʹmanah. Ẓaalika biʹannahum q̣awmul laa yaʻlamoon.
(އޭ رسول ﷲ އެވެ!) مشرك ންކުރެ އެކަކުވެސް ކަލޭގެފާނުންގެ އަރިހުން އަމާންކަން އެދެފިއްޔާ އެމީހަކަށް އަމާންކަން ދެއްވާށެވެ! އެއީ އޭނާ ﷲ ގެ كلام ފުޅު އެބަހީ: ކީރިތި قرآن ގެ އަޑު އޭނާ އަހައިފުމަށް ދާންދެނެވެ. (އަދި އޭނާއަށް އިވޭފަށުގައި قرآن ކިޔަވާށެވެ!) ދެން އޭގެފަހުން އޭނާ އޭނާއަށް އަމާންކަން ލިބޭތަނަކަށް ފޮނުވާށެވެ! (އެއީ އޭނާ توبة ވެ إسلام ވުމުން މަނާވެގެންފިއްޔާއެވެ.) އެހެނީ ހަމަކަށަވަރުން އެމީހުންނަކީ އެއީ ނޭނގޭ ބައެކެވެ. (إيمان ނުވީމާ އެމީހުންނަށް ހުރި ގެއްލުމާ ހަލާކުވެސް ނޭނގޭ ބައެކެވެ.)
-
9:7
كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِندَ ٱللَّهِ وَعِندَ رَسُولِهِۦٓ إِلَّا ٱلَّذِينَ عَـٰهَدتُّمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ ۖ فَمَا ٱسْتَقَـٰمُوا۟ لَكُمْ فَٱسْتَقِيمُوا۟ لَهُمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ
Kayfa yakoonu lilmushrikeena ʻahdun ʻiñdal laahi wa-ʻiñda Rasooliheee ʹillal laẓeena ʻaahattum ʻiñdal Masjidil Ḥaraam? Famas taq̣aamoo lakum fastaq̣eemoo lahum: ʹinnal laaha yuḥibbul Muttaq̣een.
ﷲ تعالى އާއި އެކަލާނގެ رسول އާގެ އަރިހުގައި مشرك ންނަށް عهد އެއް ذمّة އެއް އޮންނާން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ ހަމައެކަނި مَسْجِدُ اْلحَرَام ގެ ކައިރީގައި ކަލޭމެން (مؤمن ން) ނާއި عهد ކޮށް އެގްރީމެންޓްވީ މީހުނަށް މެނުވީއެވެ. (އެމީހުންނަކީ كِنَانَة ވަންހައިގެ بَنوبَكر ގަބީލާގެ ބައެއް ކަމުގައިވިއެވެ. އެމީހުން ތިބީ رسول ﷲ ﷺ އާއި އެމީހުންނާއި ދެމެދުވީ عهد ގެ މަތީ ސާބިތުވެގެން ކަމުގައިވިއެވެ.) ފަހެ އެމީހުން ކަލޭމެން (مؤمن ން) ނާއިމެދު عهد މަތީ قائم ވެ ތިބިއްޔާ ކަލޭމެން مؤمن ންވެސް އެމީހުންގެ އެ عهد މަތީ قائم ވެ ތިބޭށެވެ. ހަމަކަށަވަރުން تقوى ވެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
-
9:8
كَيْفَ وَإِن يَظْهَرُوا۟ عَلَيْكُمْ لَا يَرْقُبُوا۟ فِيكُمْ إِلًّا وَلَا ذِمَّةً ۚ يُرْضُونَكُم بِأَفْوَٰهِهِمْ وَتَأْبَىٰ قُلُوبُهُمْ وَأَكْثَرُهُمْ فَـٰسِقُونَ
Kayfa wa-ʹiñy yaz̤̣haroo ʻalaykum laa- yarq̣uboo feekum ʹillañw Walaa ẓimmah? Yurḍoonakum̃ biʹafwaahihim wa-taʹbaa q̣uloobuhum; wa-ʹaks̤aruhum faasiq̣oon.
(عهد އުވާލި ބަޔަކަށް ނުވަތަ عهد އެއް ކޮށްފައި ނެތް ބަޔަކާއިމެދު) ﷲ ގެ ذمّة އެއް އަދި عهد އެއް އޮތުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ އެމީހުން ކަލޭމެންގެ މައްޗަށް މިހާރު ގަދަވެގަތަސް ކަލޭމެންނާއިމެދު އެމީހުން އެއްވެސް ގާތްކަމަކާއިމެދުވިޔަސް އަދި ވެފައިއޮތް عهد އަކާއި ذمّة އަކާއިމެދުވެސް އެއްވެސް ފަރުވާލެއް ބެލުމެއް ނުބާއްވާނެއެވެ. (ކަލޭމެންނާއިމެދު އެމީހުން ހިތަށްއެރިގޮތެއް ހަދައިލާނެއެވެ.) އެމީހުން ކަލޭމެން ރުއްސަނީ ހަމަ އެމީހުންގެ އަނގަތަކުންނެވެ. އެމީހުންގެ ހިތްތައްވަނީ މުޅިން އިދިކޮޅަށެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ فاسق ންނެވެ. ﷲ ގެ ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.
-
9:9
ٱشْتَرَوْا۟ بِـَٔايَـٰتِ ٱللَّهِ ثَمَنًا قَلِيلًا فَصَدُّوا۟ عَن سَبِيلِهِۦٓ ۚ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ
ʹIshtaraw biʹAayaatil laahi s̤amanañ q̣aleelañ faṣaddoo ʻañ Sabeelih: ʹinnahum saaaʹa maa- kaanoo yaʻmaloon.
އެމީހުން އެބަހީ: ކާފަރުން ﷲ ގެ އާޔަތްތައް ކުޑައަގަކަށް ވިއްކީއެވެ. (ބުނެވެނީ أبوسفيان އެމީހުންނަށް ދިން ކާއެތިކޮޅަކަށް އެމީހުން رسول ﷲ ﷺ އާއި ދެމެދުވެފައިވާ عهد އުވައިލި ކަމަށެވެ. والله أعلم) ދެން އެމީހުން ﷲ ގެ މަގު މީސްތަކުންނަށް ބަންދުކުރީއެވެ. (إسلام دين އަށް މީހުން ވަނުން މަނާކޮށް އަދި إسلام دين ގައި ތިބި މީހުން އެދީނުން ބޭރުކުރެވޭތޯ މަސައްކަތްކުރީއެވެ.) ހަމަކަށަވަރުން އެމީހުން ކުރާކަމުގައިވީ ކަންތައް ނުބައިވެގެންވެއެވެ.
-
9:10
لَا يَرْقُبُونَ فِى مُؤْمِنٍ إِلًّا وَلَا ذِمَّةً ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُعْتَدُونَ
Laa- yarq̣uboona fee Muʹminin ʹillañw Walaa ẓimmah. Wa-ʹulaaaʹika humul muʻtadoon.
އެމީހުން އެއްވެސް مؤمن އެއްގެ ގާތްކަމަކަށް އަދި ވެފައިއޮތް عهد އެއްގެ ذمّة އަކަށް އެއްވެސް ބެލުމެއް - އަދި ފަރުވާލެއް ނުބަހައްޓާނެއެވެ. އެމީހުންނަކީ ހަމަ ހައްދުފަހަނަޅައިފާ ބައެކެވެ.
-
9:11
فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَإِخْوَٰنُكُمْ فِى ٱلدِّينِ ۗ وَنُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ
Faʹiñ taaboo wa-ʹaq̣aamuṣ Ṣalaata wa-ʹaatawuz Zakaata faʹikhwaanukum fid Deen: wa-nufaṣṣilul ʹAayaati liq̣awmiñy yaʻlamoon.
ފަހެ އެމީހުން توبة ވެ އެގޮތް ދޫކޮށް، އަދި އެމީހުން ނަމާދު قائم ކޮށް އަދި އެމީހުން ޒަކާތްދިން ކަމުގައިވަންޏާ އެއީ ހަމަ دين ގެގޮތުން ކަލޭމެންގެ أخ ންނެވެ. އަދި ތަންދޮރު ދަންނަ ބަޔަކަށް ތިމަންރަސްކަލާނގެ އާޔަތްތައް تفصيل ކޮށްދެއްވަމެމެވެ.
-
9:12
وَإِن نَّكَثُوٓا۟ أَيْمَـٰنَهُم مِّنۢ بَعْدِ عَهْدِهِمْ وَطَعَنُوا۟ فِى دِينِكُمْ فَقَـٰتِلُوٓا۟ أَئِمَّةَ ٱلْكُفْرِ ۙ إِنَّهُمْ لَآ أَيْمَـٰنَ لَهُمْ لَعَلَّهُمْ يَنتَهُونَ
Wa-ʹin nakas̤ooo ʹaymaanahum mim baʻdi ʻahdihim waṭaʻanoo fee Deenikum faq̣aatilooo ʹaʹimmatal kufri ʹinnahum laaa ʹaymaana lahum laʻallahum yañtahoon.
އަދި އެމީހުން عهد ކަށަވަރުކޮށް އެގްރީމެންޓްކުރުމަށްފަހު އެމީހުންގެ އެ عهد އުވައިލައިފިއްޔާ އަދި ކަލޭމެން (مؤمن ންގެ) دين އާއިމެދު عَيب ކިޔައި ހުތުރު އެއްޗެތި ކިޔައި ހަދަންޏާ (އެއީ ހަމަ ކާފަރުންނެވެ.) ފަހެ ކާފަރުންގެ އެ إمام ންނާއި ސަރުދާރުންނާއި ކަލޭމެން ހަނގުރާމަ ކުރާށެވެ! ހަމަކަށަވަރުން އެމީހުންނަކަށް އެއްވެސް عهد ކަށަވަރެއް ނުވެއެވެ. (އެބަހީ: عهد އުވާލި ކާފަރުންނާއިމެދު حرمة ތެރިވެވޭފަދަ އެއްވެސް عهد އެއް ހުވައެއްނެތެވެ.) އެއީ އެމީހުން އެތިބިގޮތް ދޫކޮށް އެކަން ހުއްޓައިތޯއެވެ.
-
9:13
أَلَا تُقَـٰتِلُونَ قَوْمًا نَّكَثُوٓا۟ أَيْمَـٰنَهُمْ وَهَمُّوا۟ بِإِخْرَاجِ ٱلرَّسُولِ وَهُم بَدَءُوكُمْ أَوَّلَ مَرَّةٍ ۚ أَتَخْشَوْنَهُمْ ۚ فَٱللَّهُ أَحَقُّ أَن تَخْشَوْهُ إِن كُنتُم مُّؤْمِنِينَ
ʹAlaa tuq̣aatiloona q̣awman nakas̤ooo ʹaymaanahum wa-hammoo biʹikhraajir Rasooli wa-hum̃ badaʹookum ʹawwala marrah? ʹAtakhshawnahum? Fallaahu ʹaḥaq̣q̣u ʹañ takhshawhu ʹiñ kuñtum Muʹmineen.
(އޭ مؤمن ންނޭވެ!) އެބަޔަކު އެބަޔަކު ކުރި عهد ކަށަވަރު އުވާލި ބަޔަކާއިމެދު ކަލޭމެން ހަނގުރާމަ ނުކުރާނޫހެއްޔެވެ؟ އަދި އެމީހުންނަކީ رسول އާ އެކަލޭގެފާނުންގެ ރަށުން ނެރެލުމަށް މަސައްކަތްކުރި މީހުންނެވެ. އަދި އެމީހުންނަކީ އެންމެ ފުރަތަމައިން ކަލޭމެންނާއި ހަނގުރާމަ ފެށި މީހުންނެވެ. ކަލޭމެން (مؤمن ން) ފަހެ އެމީހުންދެކެ ބިރުގަންނަނީހެއްޔެވެ؟ ފަހެ އެފަރާތަކަށް ބިރުވެތިވުމުގެ ގޮތުން ބިރުވެތިވާން ﷲ އަށް ބިރުވެތިވުން މާ حقّ ކަންބޮޑެވެ. ކަލޭމެންނަކީ مؤمن ންކަމުގައި ވަންޏާއެވެ.
-
9:14
قَـٰتِلُوهُمْ يُعَذِّبْهُمُ ٱللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ
Q̣aatiloohum yuʻaẓẓibhumul laahu biʹaydeekum wa-yukhzihim wa-yañṣurkum ʻalayhim wa-yashfi ṣudoora q̣awmim Muʹmineen.
ކަލޭމެން ފަހެ އެމީހުންނާ ހަނގުރާމަކުރާށެވެ! ކަލޭމެންގެ އަތްތަކުން ﷲ އެމީހުންނަށް عذاب ދެއްވަނީއެވެ. އަދި އެކަލާނގެ އެމީހުން ދެރަކުރައްވައި އެމީހުންގެ މައްޗަށް އެކަލާނގެ ކަލޭމެނަށް نصر ދެއްވަނީއެވެ. އަދި مؤمن ބައެއްގެ ހިތްތަކަށް އެކަލާނގެ شفاء ދެއްވަނީއެވެ. • ދަންނައެވެ! مؤمن ބައެއްގެ ހިތްތަކަށް شفاء ދެއްވުމޭ ބުނެވުނުބަހުގެ މުރާދެއްކަމުގައިވަނީ رسول ﷲ ﷺ ގެ حَلِيْفُ ންކަމުގައިވާ خُزَاعَة ވަންހައެވެ. (والله أعلم)
-
9:15
وَيُذْهِبْ غَيْظَ قُلُوبِهِمْ ۗ وَيَتُوبُ ٱللَّهُ عَلَىٰ مَن يَشَآءُ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
Wa-yuẓhib g̣ayz̤̣a q̣uloobihim. Wa-yatoobul laahu ʻalaa mañy yashaaaʹ; wallaahu ʻAleemun Ḥakeem.
އަދި ކާފަރުން މަރާ އެމީހުންނަށް مؤمن ންގެ އަތްތަކުން އަދަބުދެއްވަނީ އެމީހުންގެ ހިތްތަކުގައިވާ ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެކަލާނގެ ނެތިކުރައްވައި ދުއްވައިލުމަށްޓަކައެވެ. އަދި ﷲ تعالى އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް توبة ލެއްވުމަށެވެ. އަދި ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.
-
9:16
أَمْ حَسِبْتُمْ أَن تُتْرَكُوا۟ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَـٰهَدُوا۟ مِنكُمْ وَلَمْ يَتَّخِذُوا۟ مِن دُونِ ٱللَّهِ وَلَا رَسُولِهِۦ وَلَا ٱلْمُؤْمِنِينَ وَلِيجَةً ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ
ʹAm ḥasibtum ʹañ tutrakoo wa-lammaa yaʻlamil laahul laẓeena jaahadoo miñkum wa-lam yattakhiẓoo miñ doonil laahi wa-laa Rasoolihee wa-lal Muʹmineena waleejah? Wallaahu khabeerum bimaa taʻmaloon.
(އޭ مؤمن ންނޭވެ!) އަދި ކަލޭމެންގެތެރޭގައިވާ جهاد ކުރި މީހުންނާއި އަދި ﷲ އާއި އަދި އެކަލާނގެ رسول އާ އާއި مؤمن ތަކުން ފިޔަވައި އެހެން ބައެއްގެތެރެއިން رحمة ތެރި إخلاص ތެރި ސަހަރޯވެރިއެއް ނުހިފާ މީހުންނާއި (إختيار ނުކުރާމީހުންނާއި) މިކަންކަން ﷲ ގެ ދެނެވޮޑިގަތުމުގައި ވާގޮތް تحقيق ވެ ފައުޅުނުވަނިސް ކަލޭމެން (ހަމަ مؤمن ންނޭ ބުނީމާ) އެއްވެސް إمتحان އެއް ނުކުރައްވާ ދޫކޮށްލެވޭނޭކަމަށް ކަލޭމެން ހީކުރީހެއްޔެވެ؟ (އެހެން ނުވާނެއެވެ. ކަލޭމެންގެ އީމާންކަން އެކަލާނގެ ޗެކްކުރައްވާނެއެވެ.) އަދި ﷲ އީ ކަލޭމެންކުރާ ކަމުގައިވާ ކަންތައްތަކުގެ خبر މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
9:17
مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُوا۟ مَسَـٰجِدَ ٱللَّهِ شَـٰهِدِينَ عَلَىٰٓ أَنفُسِهِم بِٱلْكُفْرِ ۚ أُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ وَفِى ٱلنَّارِ هُمْ خَـٰلِدُونَ
Maa- kaana lil-Mushrikeena ʹañy yaʻmuroo masaajidal laahi shaahideena ʻalaaa ʹañfusihim̃ bilkufr. ʹUlaaaʹika ḥabiṭat ʹaʻmaaluhum wa-fin Naari hum khaalidoon.
އަދި مشرك ން ތިމާމެންގެ އަމިއްލަ نفس ތަކުގެމައްޗަށް. ކާފަރުކަމަށް ހެކިދޭ حال ގައި ﷲ ގެ މިސްކިތްތައް عمارة ކޮށް މަރާމާތުކޮށް ހެދުމީ އަދި ބިނާކުރުމީވެސް مشرك ންނަށް އޮތްކަމެއްނޫނެވެ. އެމީހުންނީ އެމީހުންގެ ހެޔޮ عمل ތައް باطل ވެގެންވާ ބައެކެވެ. އަދި އެމީހުން ދެމިތިބޭނީ ހަމަނަރަކައިގައެވެ.
-
9:18
إِنَّمَا يَعْمُرُ مَسَـٰجِدَ ٱللَّهِ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَلَمْ يَخْشَ إِلَّا ٱللَّهَ ۖ فَعَسَىٰٓ أُو۟لَـٰٓئِكَ أَن يَكُونُوا۟ مِنَ ٱلْمُهْتَدِينَ
ʹInnamaa yaʻmuru masaajidal laahi man ʹaamana billaahi wal-Yawmil ʹAakhiri wa-ʹaq̣aamaṣ Ṣalaata wa-ʹaataz Zakaata wa-lam yakhsha ʹillal laah. Faʻasaaa ʹulaaaʹika ʹañy yakoonoo minal Muhtadeen.
ﷲ ގެ މިސްކިތްތައް ބިނާކޮށް عمارة ކުރަންވާނެކަން ކަށަވަރީ ﷲ އަށާއި އަދި آخرة ދުވަހަށް އީމާންވާމީހުންނެވެ. އަދި އެމީހާ ނަމާދު قائم ކޮށް އަދި ޒަކާތްދޭ މީހުންނެވެ. އަދި ﷲ އަށް މެނުވީ ބިރުވެތިނުވާ މީހުންނެވެ. (ފަހެ މިދެންނެވި ސިފަތައް ހުރި މީހުން ދަންނައެވެ!) އެމީހުން އެއީ ތެދުމަގުގައި ތިބި މީހުންކަމުގައިވުން أمّيد ކުރެވެއެވެ. (މިސްކިތް ބިނާކޮށް މަރާމާތުކުރަންވެސްވާނީ އެފެދަމީހުންނެވެ.)
-
9:19
۞ أَجَعَلْتُمْ سِقَايَةَ ٱلْحَآجِّ وَعِمَارَةَ ٱلْمَسْجِدِ ٱلْحَرَامِ كَمَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَجَـٰهَدَ فِى سَبِيلِ ٱللَّهِ ۚ لَا يَسْتَوُۥنَ عِندَ ٱللَّهِ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ
ʹAjaʻaltum siq̣aayatal Ḥaaajji wa-ʻimaaratal Masjidil Ḥaraami kaman ʹaamana billaahi wal-Yawmil ʹAakhiri wa-jaahada fee Sabeelil laah? Laa- yastawoona ʻiñdal laah: wallaahu laa- yahdil q̣awmaz̤̣ z̤̣aalimeen.
حاجى ންނަށް ފެންދިނުމާއި مَسْجِدُ الحرام عمارة ކުރުމާއި (މިކަންކަން ކުރާ މީހުންނާއި) ﷲ އަށާއި آخرة ދުވަހަށް إيمان ވެ އަދި އެމީހާ ﷲ ގެ މަގުގައި جهاد ކުރި މީހާއާއި އެއްފަދަހެއްޔެވެ؟ ﷲ ގެ حضرة ގައި އެދެބައިމީހުން ހަމަހަމައެއްނޫނެވެ. (ﷲ އަށާއި آخرة ދުވަހަށް އީމާންވެ ﷲ ގެ މަގުގައި جهاد ކުރި މީހުން ﷲ ގެ حضرة ގައި މާމަތިވެރިއެވެ.) އަދި އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.
-
9:20
ٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ بِأَمْوَٰلِهِمْ وَأَنفُسِهِمْ أَعْظَمُ دَرَجَةً عِندَ ٱللَّهِ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْفَآئِزُونَ
ʹAllaẓeena ʹaamanoo wa-haajaroo wa-jaahadoo fee Sabeelil laahi biʹamwaalihim wa-ʹañfusihim ʹaʻz̤̣amu darajatan ʻiñdal laah: wa-ʹulaaaʹika humul faaaʹizoon.
އީމާންވެގެން އަދި އެމީހުން هجرة އަށްގޮސް އަދި ތިމާމެންގެ މުދަލާއި ޖާނުން ﷲ ގެ މަގުގައި جهاد ކުރި މީހުން (ދަންނައެވެ!) ﷲ ގެ حضرة ގައި އެމީހުންގެ ދަރަޖަ މާބޮޑުވެގެންވެއެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން ނަސީބުވެރިންނެވެ.
-
9:21
يُبَشِّرُهُمْ رَبُّهُم بِرَحْمَةٍ مِّنْهُ وَرِضْوَٰنٍ وَجَنَّـٰتٍ لَّهُمْ فِيهَا نَعِيمٌ مُّقِيمٌ
Yubashshiruhum Rabbuhum̃ biraḥmatim minhu wa-riḍwaaniñw wa-Jannaatil lahum feehaa naʻeemum muq̣eem;
އެމީހުންގެ رَبُّ އެމީހުންނަށް އެކަލާނގެ حضرة ން رحمة އާއި ރުއްސެވުމާއި އަދި ސުވަރުގެތައްވާކަމުގެ އުފާވެރި خبر ދެއްވަނީއެވެ. އެތާނގައި އެމީހުންނަށް قائم ވެގެންވާ نعمة ތައްވެއެވެ.
-
9:22
خَـٰلِدِينَ فِيهَآ أَبَدًا ۚ إِنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌ
Khaalideena feehaaa ʹabadaa. ʹInnal laaha ʻiñdahooo ʹajrun ʻaz̤̣eem.
އެތާނގައި އެމީހުން އަބަދާ އަބަދު ދެމިތިބޭހުއްޓެވެ. ހަމަކަށަވަރުން އެމީހުންނަށް ﷲ ގެ حضرة ގައި ބޮޑުވެގެންވާ ދަރުމަވެއެވެ.
-
9:23
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوٓا۟ ءَابَآءَكُمْ وَإِخْوَٰنَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّوا۟ ٱلْكُفْرَ عَلَى ٱلْإِيمَـٰنِ ۚ وَمَن يَتَوَلَّهُم مِّنكُمْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ
Yaaaʹayyuhal laẓeena ʹaamanoo laa- tattakhiẓooo ʹaabaaaʹakum wa-ʹikhwaanakum ʹawliyaaaʹa ʹinis taḥabbul kufra ʻalal ʹeemaan. Wa-mañy yatawal-lahum miñkum faʹulaaaʹika humuz̤̣ z̤̣aalimoon.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ބަފައިންނާއި އަދި ކަލޭމެންގެ أخ ން إيمان ކަމުގެމައްޗަށް ކާފަރުކަމަށް ލޯބިކުރަންޏާ އެމީހުން އެއީ ސިއްރުވެރި نصر ވެރިންކަމުގައި ކަލޭމެން ނުބަލާށެވެ! އެމީހުން إختيار ކޮށްފި މީހުން ދަންނައެވެ! ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ.
-
9:24
قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَـٰرَةٌ تَخْشَوْنَ كَسَادَهَا وَمَسَـٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ
Q̣ul ʹiñ kaana ʹaabaaaʹukum wa-ʹabnaaaʹukum wa-ʹikhwaanukum wa-ʹazwaajukum wa-ʻasheeratukum wa-ʹamwaaluniq̣ taraftumoohaa wa-tijaaratuñ takhshawna kasaadahaa wa-masaakinu tarḍawnahaaa ʹaḥabba ʹilaykum minal laahi wa-Rasoolihee wa-Jihaadiñ fee Sabeelihee fatarabbaṣoo ḥattaa yaʹtiyallaahu bi ʹAmrih. Wallaahu laa- yahdil q̣awmal faasiq̣een.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ ބަފައިންނާއި ކަލޭމެންގެ ދަރިންނާއި އަދި ކަލޭމެންގެ أخ ންނާއި އަދި ކަލޭމެންގެ އަނބީންނާއި އަދި ކަލޭމެންގެ ގާތްތިމާގެ މީހުންނާއި އަދި ކަލޭމެން އެއްކޮށް ގިނަކުރާ މުދާތަކާއި އަދި އެމުދާ ނުހިނގައިފާނެކަމަށް ބިރުވެތިވާ ވިޔަފާރިޔާ އަދި ކަލޭމެން ރުހޭ ގޯތިގެދޮރުތަކާއި (މި މިތަކެތި) ކަލޭމެންގެ ކައިރީގައި ﷲ އާއި އެކަލާނގެ رسول އާ އާއި އަދި އެކަލާނގެ މަގުގައި جهاد ކުރުމާއި މިކަންކަމަށްވުރެ ލޯބިވެތިކަން ބޮޑުވެގެންވަންޏާ ދެން ﷲ ގެ أمر ފުޅު އައުމުގެ إنتظار ގައި އެބަހީ: ﷲ ގެ عذاب އައުމުގެ إنتظار ގައި ކަލޭމެން ތިބޭށެވެ! އެކަމަކީ އެއީ ﷲ ގެ عذاب އަތުވެދާނޭ ކަމެކެވެ. އަދި فاسق ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.
-
9:25
لَقَدْ نَصَرَكُمُ ٱللَّهُ فِى مَوَاطِنَ كَثِيرَةٍ ۙ وَيَوْمَ حُنَيْنٍ ۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْـًٔا وَضَاقَتْ عَلَيْكُمُ ٱلْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ
Laq̣ad naṣarakumul laahu fee mawaaṭina kas̤eeratiñw wayawma Ḥunaynin ʹiẓ ʹaʻjabatkum kas̤ratukum falam tug̣ni ʻañkum shayʹañw waḍaaq̣at ʻalaykumul ʹarḍu bimaa raḥubat s̤umma wallaytum mudbireen!
(އޭ مؤمن ންނޭވެ!) ހަނގުރާމައިގެ އެތައް ميدان އެއްގައި ﷲ تعالى ކަލޭމެނަށް نصر ދެއްވައިފިއެވެ. އަދި حنين ހަނގުރާމައިގެ ދުވަހުގައިވެސް (އެކަލާނގެ ކަލޭމެނަށް نصر ދެއްވިއެވެ.) އެދުވަހު ކަލޭމެން ކަލޭމެންގެ عدد ގިނަކަމާއިމެދު عجائب ވީހިނދުންވެސް އެމީހުން ގިނަކަމަކުން ކަލޭމެނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ. (އެދުވަހު) ބިންގަނޑުގެ ތަނަވަސްކަމާއިއެކުވެސް އެބިންގަނޑު ކަލޭމެނަށް ދަތިވެގެންވިއެވެ. އަދި ފުރަގަސްދޭ حال ކަލޭމެން އެނބުރި (ميدان ން) ފުރަގަސްދީ ދިޔައެވެ.
-
9:26
ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَنزَلَ جُنُودًا لَّمْ تَرَوْهَا وَعَذَّبَ ٱلَّذِينَ كَفَرُوا۟ ۚ وَذَٰلِكَ جَزَآءُ ٱلْكَـٰفِرِينَ
S̤umma ʹañzalal laahu sakeenatahoo ʻalaa Rasoolihee wa-ʻalal Muʹmineena wa-ʹañzala junoodal lam tarawhaa: wa-ʻaẓẓabal laẓeena kafaroo. Wa-ẓaalika jazaaaʹul kaafireen.
ދެން (އެ ދެރަކަމަށްފަހު) ﷲ تعالى އެކަލާނގެ رسول އާގެމައްޗަށާއި مؤمن ތަކުންގެ މައްޗަށް އެކަލާނގެ سَكِينَة (އެބަހީ: އެކަލާނގެ އަމާންކަމާއި ހަމަޖެހުން) ބާވައިލެއްވިއެވެ. އަދި ކަލޭމެނަށް ނުފެންނަ އެހެން لشكر އެއްވެސް އެކަލާނގެ ބާވައިލެއްވިއެވެ. އެކަލާނގެ ފޮނުއްވިއެވެ. އަދި ކާފަރުވީ މީސްތަކުންނަށް އެކަލާނގެ عذاب ދެއްވިއެވެ. ކާފަރުންނަށް އެކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ. (އެއީ ކާފަރުންތައް ميدان ގައި މަރުވެ އަނެއްބަޔަކު أسِيرُ ކުރެއްވުމެވެ. އަދި މުދާތައް مؤمن ންނަށް غنيمة ވުމެވެ.)
-
9:27
ثُمَّ يَتُوبُ ٱللَّهُ مِنۢ بَعْدِ ذَٰلِكَ عَلَىٰ مَن يَشَآءُ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
S̤umma yatoobul laahu mim baʻdi ẓaalika ʻalaa mañy yashaaaʹ: wallaahu G̣afoorur Raḥeem.
ދެން ﷲ އެދިވޮޑިގަންނަވާ އަޅަކަށް އޭގެފަހުގައި (އެބަހީ: مؤمن ންނަށް ބިންގަނޑު ދަތިވެ ހަނގުރާމައިގެ ކަންތައް ގަދަވުމަށްފަހުގައި) ﷲ تعالى توبة ލެއްވިއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
9:28
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا۟ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا ۚ وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِۦٓ إِن شَآءَ ۚ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ
Yaaaʹayyuhal laẓeena ʹaamanooo ʹinnamal Mushrikoona najasuñ falaa yaq̣rabul Masjidal Ḥaraama baʻda ʻaamihim haaẓaa. Wa-ʹin khiftum ʻaylatañ fasawfa yug̣neekumul laahu miñ faḍliheee ʹiñ shaaaʹ. ʹInnal laaha ʻAleemun Ḥakeem.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން مشرك ންނަކީ (معنوى ގޮތުން) ނަޖިހެވެ. އެމީހުންގެ عمل ތައް ނަޖިހެވެ. ފަހެ އެމީހުންގެ މިއަހަރަށް ފަހު އެމީހުން مسجد الحرام އާއި ގާތްނުވާ ހުށިކަމެވެ! (އެއީ هجرة އިން ނުވަވަނަ އަހަރެވެ. އަދި مسجد الحرام އޭ އޮއްބަސްފުޅުން މުރާދުވަނީ مكّة އާއި މުޅި مكّة ގެ حرم އެވެ.) އަދި ކަލޭމެން (مؤمن ން -އެ مشرك ން مسجد الحرام އަށް ނައުމުގެ) ސަބަބުން فقير ވެދާނޭކަމަށް ބިރުވެތިވަންޏާ ފަހެ ނިކަންހުރެ ﷲ تعالى އިރާދަކުރައްވައިފިއްޔާ އެކަލާނގެ فضل ވަންތަވެރިކަމުން ކަލޭމެން މުއްސަނދި ކުރައްވައި ފުއްދުންތެރިކަން ދެއްވާހުއްޓެވެ. ހަމަކަށަވަރުން ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.
-
9:29
قَـٰتِلُوا۟ ٱلَّذِينَ لَا يُؤْمِنُونَ بِٱللَّهِ وَلَا بِٱلْيَوْمِ ٱلْـَٔاخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حَتَّىٰ يُعْطُوا۟ ٱلْجِزْيَةَ عَن يَدٍ وَهُمْ صَـٰغِرُونَ
Q̣aatilul laẓeena laa- yuʹminoona billaahi wa-laa bil-yawmil ʹAakhiri wa-laa yuḥarrimoona maa- ḥarramal laahu wa-Rasooluhoo wa-laa yadeenoona Deenal Ḥaq̣q̣i minal laẓeena ʹootul Kitaaba ḥattaa yuʻṭul Jizyata ʻañy yadiñw wahum ṣaag̣iroon.
(އޭ مؤمن ންނޭވެ!) ފޮތްދެއްވުނު މީހުންކުރެ އެބަހީ:- يهودي ންނާއި نصارى އިންކުރެ - ﷲ އަށާއި އަދި آخرة ދުވަހަށް އީމާންނުވާ އަދި ﷲ އާއި އެކަލާނގެ رسول އާ حرام ކުރެއްވި ތަކެތި حرام ނުކޮށް އަދި حقّ دين ން دين ވެރިނުވާ (އެބަހީ: حقّ ގޮތުގައި ﷲ އަށް ކިޔަމަންތެރިނުވާ މީހުން ނިކަމެތިވެގެންވާ حال އަތުންއަތަށް ކަލޭމެނަށް ޖިޒީ ދީފުމަށްދާންދެން ކަލޭމެން އެމީހުންނާ ހަނގުރާމަކުރާށެވެ!
-
9:30
وَقَالَتِ ٱلْيَهُودُ عُزَيْرٌ ٱبْنُ ٱللَّهِ وَقَالَتِ ٱلنَّصَـٰرَى ٱلْمَسِيحُ ٱبْنُ ٱللَّهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَٰهِهِمْ ۖ يُضَـٰهِـُٔونَ قَوْلَ ٱلَّذِينَ كَفَرُوا۟ مِن قَبْلُ ۚ قَـٰتَلَهُمُ ٱللَّهُ ۚ أَنَّىٰ يُؤْفَكُونَ
Wa-q̣aalatil Yahoodu ʻUzayrunib nul laahi wa-q̣aalatin Naṣaaral Maseeḥub nul laah. Ẓaalika q̣awluhum̃ biʹafwaahihim. Yuḍaahiʹoona q̣awlal laẓeena kafaroo miñ q̣abl. Q̣aatalahumul laah; ʹannaa yuʹfakoon!
އަދި يهودي ން ބުނެއެވެ. عُزَيْرُ އަކީ ﷲ ގެ ދަރިކަލުންނެވެ. އަދި نصارى އިން ބުނެއެވެ. المسيح يعني: عيسى (عليه السّلام) އަކީ ﷲ ގެ ދަރިކަލުންނެވެ. އެއީ ހަމަ އެމީހުންގެ އަނގަތަކުން ބުނާ (ހުސްދޮގު) ބަހެކެވެ. މީގެކުރީގެ ކާފަރުންގެ ބަހާއި މިބައިމީހުންގެ ބަހާއި ހަމަ އެއްގޮތެވެ. ﷲ تعالى އެމީހުންނަށް لعنة ލައްވާށިއެވެ! އެމީހުން ހަލާކުކުރައްވާނެތެވެ! އެމީހުން އެކަލާނގެ ރަސްކަންފުޅާއިމެދު އެހާބޮޑު ދޮގުހަދަންވާނީ ކޮންފަދައަކުންހެއްޔެވެ؟
-
9:31
ٱتَّخَذُوٓا۟ أَحْبَارَهُمْ وَرُهْبَـٰنَهُمْ أَرْبَابًا مِّن دُونِ ٱللَّهِ وَٱلْمَسِيحَ ٱبْنَ مَرْيَمَ وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوٓا۟ إِلَـٰهًا وَٰحِدًا ۖ لَّآ إِلَـٰهَ إِلَّا هُوَ ۚ سُبْحَـٰنَهُۥ عَمَّا يُشْرِكُونَ
ʹIttakhaẓooo ʹaḥbaarahum wa-ruhbaanahum ʹarbaabam miñ doonil laahi wal-Maseeḥab na Maryam. Wa-maaa ʹumirooo ʹillaa liyaʻbudooo ʹIlaahañw Waa-ḥidaa. Laaa ʹilaaha ʹillaa Hoo. Subḥaanahoo ʻammaa yushrikoon.
އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން يعني: އަޅުވެރިން އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ. އަދި مريم ގެފާނުންގެ ދަރިކަލުން المسيح ވެސް ربّ އަކުކަމުގައި ހެދިއެވެ. އަދި (އެހެނެއްކަމަކު) ހަމައެއްކައުވަންތަ އެންމެ إله އަކަށްމެނުވީ އަޅުކަން ނުކުޅައުމަށް އެމީހުންނަށްވާނީ أمر ވެވިފައެވެ. އެކަލާނގެ ނޫން އެހެން އެއްވެސް إله އަކު ނުވެއެވެ. އެއީ ﷲ އެވެ. އެމީހުން އެ شرك ކުރާތަކެތިން އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ.
-
9:32
يُرِيدُونَ أَن يُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَيَأْبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوْ كَرِهَ ٱلْكَـٰفِرُونَ
Yureedoona ʹañy yuṭfiʹoo Nooral laahi biʹafwaahihim wa-yaʹbal laahu ʹillaaa ʹañy yutimma Noorahoo wa-law karihal Kaafiroon.
އެމީހުން އެދެނީ - (އެމީހުން قصد ކުރަނީ) އެމީހުންގެ އަނގަތަކުން ފުމެގެން ﷲ ގެ نُور ނިވައިލަންކަމަށެވެ. (އެމީހުންގެ އަނގަތަކުން ދޮގުތައް ހަދައިގެން އޮޅުވައިގެން إسلام دين އަށް މީސްތަކުން ވަނަނުދީ އެދީނަކީ باطل އެއްޗެއްކަމުގައި ހެދުމަށެވެ.) އެކަމަކު ކާފަރުން ނުރުހި ތިއްބަސް އެކަލާނގެ دين ފުރިހަމަކުރެއްވުމަށް މެނުވީ ﷲ މަނާވެވޮޑިގަންނަވައެވެ. (އެބަހީ: ކޮންމެގޮތަކުންވެސް އެކަލާނގެ އެކަލާނގެ دين ފުރިހަމަކުރައްވާނެއެވެ.)
-
9:33
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ
Huwal laẓeee ʹarsala Rasoolahoo bil-Hudaa wa-Deenil Ḥaq̣q̣i liyuz̤̣hirahoo ʻalad deeni kullihee wa-law karihal Mushrikoon.
އެކަލާނގެއީ ތެދުމަގާއި حقّ دين އާއިގެން އެކަލާނގެ رسول އާ ފޮނުއްވި ކަލާނގެއެވެ. އެއީ އެހެންހުރިހާ دين ތަކެއްގެ މައްޗަށް އެ دين ފައުޅުކުރައްވާ ގަދަކުރެއްވުމަށެވެ. مشرك ން ނުރުހި ތިބިނަމަވެސްމެއެވެ.
-
9:34
۞ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
Yaaaʹayyuhal laẓeena ʹaamanooo ʹinna kas̤eeram minal ʹaḥbaari warruhbaani layaʹkuloona ʹamwaalan naasi bil-baaṭili wa-yaṣuddoona ʻañ Sabeelil laah. Wallaẓeena yaknizoonaẓ ẓahaba wal-fiḍḍata wa-laa yuñfiq̣oonahaa fee Sabeelil laahi fabashshirhum̃ biʻaẓaabin ʹaleem.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން حَبْرُ ންގެ ތެރެއިން ގިނަމީހުންނާއި رَاهِبُ ންގެ ތެރެއިން ގިނަމީހުން باطل ގޮތުގައި މީސްތަކުންގެ މުދާ ކަނީއެވެ. (އެއީ رِشْوَة ގެ ގޮތުންނާއި އަދި دُنْيَوِى ކުޑަ ފައިދާއަކަށް ﷲ ގެ وحي ބަދަލުކޮށްގެންނެވެ. - حَبْرُ ންނަކީ يهودي ން ގެ ދަންނަބޭކަލުންނެވެ. عالم ންނެވެ. رَاهِبُ ންނަކީ نصارى އިންގެ އަޅުވެރިންނެވެ. މިއީ عامّ ކޮށްކިޔާ ގޮތެވެ.) އަދި އެމީހުން ﷲ ގެ މަގު ބަންދުކުރަނީއެވެ. (إسلام دين އަށް މީހުން ވަނަނުދީ ހިފަހައްޓަނީއެވެ. އެކިގޮތްގޮތުންނެވެ.) އަދި ރަނާއި ރިހި އެއްކޮށް كَنْزُ ކޮށް خَزَانَة ކޮށް އެއިން ﷲ ގެމަގުގައި ހޭދަނުކުރާމީހުން (މުދަލުން ދޭންޖެހޭ حقّ زكاة ނުދޭމީހުން) އެމީހުންނަށް ވޭންދެނިވި عذاب އެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!
-
9:35
يَوْمَ يُحْمَىٰ عَلَيْهَا فِى نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا۟ مَا كُنتُمْ تَكْنِزُونَ
Yawma yuḥmaa ʻalayhaa fee Naari Jahannama fatukwaa bihaa jibaahuhum wa-junoobuhum waz̤̣uhooruhum. Haaẓaa maa- kanaztum liʹañfusikum faẓooq̣oo maa- kuñtum taknizoon.
އެރަނާއި ރިއްސައް ނަރަކައިގެ އަލިފާނުން ހޫނުކުރެވޭ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ! އެއީ قيامة ދުވަހެވެ.) ފަހެ އެތަކެތީން އެމީހުންގެ ނިތްކުރިތަކާއި އަރިކަށިތަކާއި އަދި އެމީހުންގެ ބުރަކަށިތަކުގައި އެހޫނު އެތިން ކޭއްތި އިސްތިރިކުރެވޭނެއެވެ. (އެތަންތަން އެންދޭނެއެވެ.) އަދި އެމީހުންނަށް އެންގޭނެއެވެ. މިތަކެއްޗަކީ ކަލޭމެން ކަލޭމެންގެ نفس ތަކަށްޓަކައި جمع ކޮށް خزانة ކުރި ތަކެއްޗެވެ. ފަހެ ކަލޭމެން جمع ކޮށް خزانة ކުރިތަކެތީގެ ރަހަ ކަލޭމެން ލިބިގަންނާށެވެ!
-
9:36
إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَـٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ وَقَـٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةً كَمَا يُقَـٰتِلُونَكُمْ كَآفَّةً ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
ʹInna ʻiddatash shuhoori ʻiñdal laahis̤ naa ʻashara shahrañ fee Kitaabil laahi yawma khalaq̣as samaawaati wal-ʹarḍa minhaaa ʹarbaʻatun ḥurum: ẓaalikad Deenul Q̣ayyim. Falaa taz̤̣limoo feehinna ʹañfusakum; wa-q̣aatilul Mushrikeena kaaaffatañ kamaa yuq̣aatiloonakum kaaaffah. Waʻlamooo ʹannal laaha maʻal Muttaq̣een.
ހަމަކަށަވަރުން ﷲ ގެ حضرة ގައި މައްސަރުތަކުގެ عدد އަކީ ބާރައެވެ. ބާރަމަހެވެ. އެއީ ﷲ ގެ ފޮތުގައިވާ ގޮތެވެ. (ވާނޭ ހުރިހާކަމެއް އެކަލާނގެ ލިއުއްވާފައިވާ ފޮތުގައިވާގޮތެވެ.) އުޑުތަކާއި ބިން ހެއްދެވިދުވަހުން ފެށިގެން އެކަލާނގެ ކަނޑައަޅުއްވާފައިވާގޮތެވެ. އޭގެތެރެއިން ހަތަރުމައްސަރެއް حرمة ތެރި ކުރައްވާފައިވެއެވެ. (އެހަތަރުމަހަކީ - حديث ން ބަޔާންވެގެންވާ ފަދައިން ذوالقعدة - ذوالحجَة - مُحَرَّم އަދި رَجَب މިހަތަރުމަހެވެ.) ސީދާވެގެންވާ ގޮތަކީ އެއީއެވެ. ފަހެ އެ (حرمة ތެރި) މައްސަރުތަކުގައި ކަލޭމެން ކަލޭމެންގެ نفس ތަކަށް އަނިޔާވެރިނުވާށެވެ! (އެހެން މައްސަރުތަކުގައިވެސް އަނިޔާ ކުރުން ހުއްދައީއެއްނޫނެވެ. ނަމަވެސް އޭގެ މުރާދަކީ އެމައްސަރުތަކުގައި އަނިޔާކުރުމުގެ ފާފަ ވަކިން ބޮޑުވެގެންވުމެވެ. ހަނގުރާމަކުރުންވެސް މުޅިން މަނަލެވެ. (އެހެންމައްސަރުތަކުގައި ހަނގުރާމަކުރުން މަނަލެއްނޫނެވެ.) އަދި مشرك ން އެންމެންވެގެން ކަލޭމެން (مؤمن ންނާއި) ހަނގުރާމަކުރާފަދައިން ކަލޭމެން مؤمن ން އެންމެން އެކުވެގެން مشرك ންނާއި ހަނގުރާމަ ކުރާށެވެ! އަދިކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ تقوى ވެރިންނާއިއެކުގައެވެ. (އެބަހީ އެކަލާނގެ އެހީވެވޮޑިގަތުންخَاصَّ ވެގެންވާ ވާހަކައެވެ.)
-
9:37
إِنَّمَا ٱلنَّسِىٓءُ زِيَادَةٌ فِى ٱلْكُفْرِ ۖ يُضَلُّ بِهِ ٱلَّذِينَ كَفَرُوا۟ يُحِلُّونَهُۥ عَامًا وَيُحَرِّمُونَهُۥ عَامًا لِّيُوَاطِـُٔوا۟ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّوا۟ مَا حَرَّمَ ٱللَّهُ ۚ زُيِّنَ لَهُمْ سُوٓءُ أَعْمَـٰلِهِمْ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ
ʹInnaman naseeeʹu ziyaadatuñ fil kufri yuḍallu bihil laẓeena kafaroo yuḥillunahoo ʻaamañw Wayuḥarrimoonahoo ʻaamal liyuwaaṭiʹoo ʻiddata maa- ḥarramal laahu fayuḥilloo maa- harramal laah. Zuyyina lahum soooʹu ʹaʻmaalihim. Wallaahu laa- yahdil q̣awmal Kaafireen.
ހަމަކަށަވަރުން މައްސަރުތަކުގެ ދުވަސްތަކުގެ عدد އިތުރުކޮށް ނުވަތަ އުނިކޮށް ހެދުމަކީ އެމީހުންގެ ކާފަރުކަމަށް ކާފަރުކަން އިތުރުކުރުމެކެވެ. އެހެން ހެދުމުގެ ސަބަބުން ކާފަރުން މަގުފުރެދެއެވެ. އެމީހުން އެބަހީ ކާފަރުން އެއްއަހަރު حلال ކުރެއެވެ. (އެއްއަހަރު حرمة ތެރި މަސް حلال މަހެއްކަމުގައި ހަދައެވެ. އެއީ ހަނގުރާމަ ކުރުމަށެވެ. އަދި އެމައްސަރުގެ ބަދަލުގައި އެހެންމަހެއް حرمة ތެރި މަހެއްކަމުގައި ހަދައެވެ.) އަދި އަނެއްއަހަރު އެމީހުން حرام މަހެއްކަމުގައި ހަދައެވެ. قواعد ން ހަމަ حرمة ތެރި މަހެއްކަމުގައި ހަދައި ހަނގުރާމަ ނުކޮށް ތިބެއެވެ. އެހެން އެހަދަނީ އެބަހީ މަސް ބަދަލުކޮށް ހަދަނީ ﷲ حرمة ތެރިކުރެއްވި މައްސަރުތަކާއި عدد ގެގޮތުން އެއްގޮތްކުރުމަށެވެ. ދެންފަހެ އެމީހުން ﷲ حرام ކުރެއްވި މައްސަރު حلال ކުރެއެވެ. (އަދި އެކަލާނގެ حلال ކުރެއްވި މައްސަރު حرام ކުރެއެވެ.) (މިއާޔަތުގެ ތަރުޖަމާގައި އިޚްތިލާފު ހުރިވާހަކަ ދަންނަވަމެވެ.) އެމީހުންނަށް އެމީހުން އެކުރާ عمل ތައް ޒީނަތްތެރިކުރެވެވުނެވެ. އެބަހީ شيطان އާ އެމީހުންނަށް އެކަން ޒީނަތްތެރިކޮށްދިނެވެ. އަދި ކާފަރުވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.
-
9:38
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَا لَكُمْ إِذَا قِيلَ لَكُمُ ٱنفِرُوا۟ فِى سَبِيلِ ٱللَّهِ ٱثَّاقَلْتُمْ إِلَى ٱلْأَرْضِ ۚ أَرَضِيتُم بِٱلْحَيَوٰةِ ٱلدُّنْيَا مِنَ ٱلْـَٔاخِرَةِ ۚ فَمَا مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا فِى ٱلْـَٔاخِرَةِ إِلَّا قَلِيلٌ
Yaaaʹayyuhal laẓeena ʹaamanoo maa- lakum ʹiẓaa q̣eela lakumuñ firoo fee Sabeelil laahis̤ s̤aaq̣altum ʹilal ʹarḍ? ʹAraḍeetum̃ bilḥayaatid dunyaa minal ʹAakhirah? Famaa mataaʻul ḥayaatid dunyaa fil ʹAakhirati ʹillaa q̣aleel.
އޭ إيمان ވެގެންވާ މީހުންނޭވެ. ﷲ ގެ މަގުގައި ހަނގުރާމަޔަށް ނުކުންނާށޭ ކަލޭމެނަށް ބުނެވިއްޖެއްޔާ ބިމަށް ބަރުހެލިވެފައި ނުނުކުންނަން ތިބެވެނީ ކަލޭމެނަށް ކީއްވެގެންހެއްޔެވެ؟ ކޮންސަބަބަކާ ހެދިހެއްޔެވެ؟ آخرة ގެ ރަނގަޅު ދިރިއުޅުމަށްވުރެ ދުނިޔޭގެ މިދިރިއުޅުމަށް ކަލޭމެން ރުހުނީހެއްޔެވެ؟ ފަހެ آخرة ގެ حياة ގެ نِسْبَةُ ގައި ދުނިޔޭގެ މި حياة އަކީ ދާދި ކުޑަކުޑަ އަރާމުކޮޅަކާ މަޖާކޮޅެއްކަމުގައި މެނުވީ ނުވެއެވެ.
-
9:39
إِلَّا تَنفِرُوا۟ يُعَذِّبْكُمْ عَذَابًا أَلِيمًا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْـًٔا ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
ʹIllaa tañfiroo yuʻaẓẓibkum ʻaẓaaban ʹaleemañw Wayastabdil q̣awman g̣ayrakum wa-laa taḍurroohu shayʹaa. Wal-laahu ʻalaa kulli shayʹiñ Q̣adeer.
ކަލޭމެން ހަނގުރާމަޔަށް ނުނުކުތީވިއްޔާ އެކަލާނގެ ކަލޭމެނަށް ވޭންދެނިވި عذاب އެއް ދެއްވައިފާނެއެވެ. އަދި ކަލޭމެން ނޫން އެހެން ބަޔެއް އެކަލާނގެ ގެންނަވައި އެކަލާނގެ ކަލޭމެން ބަދަލުކުރައްވައިފާނެއެވެ. އަދި އެކަމަކު އެކަލާނގެއަށް އެއްވެސް އުނދަގުލެއް ގެއްލުމެއް ކަލޭމެނަކަށް ނުދެވޭނެއެވެ. އަދި ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ.
-
9:40
إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَـٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ
ʹIllaa tañṣuroohu faq̣ad naṣarahul laahu ʹiẓ ʹakhrajahul laẓeena kafaroo S̤aaniyas̤ nayni ʹiẓ humaa fil G̣aari ʹiẓ yaq̣oolu li-Ṣaaḥibihee ˹Laa taḥzan ʹinnal laaha maʻanaa. Faʹañzalal laahu sakeenatahoo ʻalayhi wa-ʹayyadahoo bijunoodil lam tarawhaa wa-jaʻala kalimatal laẓeena kafarus suflaa; wa-Kalimatul laahi hiyal ʻUlyaa: wallaahu ʻAzeezun Ḥakeem.
ކަލޭމެން އެކަލޭގެފާނަށް - އެބަހީ: رسول ﷲ ﷺ އަށް نصر ނުދިނަސް (ﷲ އެކަލޭގެފާނަށް نصر ދެއްވާހުއްޓެވެ.) ހަމަކަށަވަރުން ކާފަރުންގެ މީހުން އެކަލޭގެފާނު مكّة އިން ނެރެލެއްވިހިނދުވެސް ﷲ އެކަލޭގެފާނަށް نصر ދެއްވިއެވެ. އެއީ ދެމީހުންކުރެ ދެވަނަ މީހާކަމުގައި ނުވަތަ އެކަކު ކަމުގައި އެކަލޭގެފާނުންވީހިނދުގައެވެ. އަދި އެދެބޭކަލުން ހޮހޮޅުގައިވީހިނދު އެކަލޭގެފާނު އެކަލޭގެފާނުންގެ އެކުވެރިޔާ (أبوبكر الصّدّيق رضى ﷲ عنه) އަށް ވިދާޅުވިއެވެ. ކަލޭގެފާނުން ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ﷲ އަހުރެމެންނާއިއެކު ވޮޑިގެންވެއެވެ. ދެންފަހެ އެކަލޭގެފާނުންގެ މައްޗަށް ﷲ އެކަލާނގެ އަމާންކަމާއި نصر އަދި ހަމަޖެހުން ބާވައިލެއްވިއެވެ. އަދި ކަލޭމެންނަށް ނުފެންނަ لشكر އެއް ފޮނުއްވައިގެން އެކަލާނގެ އެކަލޭގެފާނަށް ގަދަކަންދެއްވިއެވެ. އަދި ކާފަރުންގެ كلمة - އެބަހީ: شرك ގެ كلمة ދަށް އެއްޗެއްކަމުގައި އެކަލާނގެ ލެއްވިއެވެ. އަދި ﷲ ގެ كلمة ފުޅު - އެބަހީ: توحيد އާއި إسلام دين ގެ كلمة ފުޅު - އެއީ ކަނޑައެޅިގެން މަތީ كلمة ކަމުގައި އެކަލާނގެ ލެއްވިއެވެ. އަދި ﷲ އީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
9:41
ٱنفِرُوا۟ خِفَافًا وَثِقَالًا وَجَـٰهِدُوا۟ بِأَمْوَٰلِكُمْ وَأَنفُسِكُمْ فِى سَبِيلِ ٱللَّهِ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
ʹIñfiroo khifaafañw was̤iq̣aalañw wajaahidoo biʹamwaalikum wa-ʹañfusikum fee Sabeelil laah. Ẓaalikum khayrul lakum ʹiñ kuñtum taʻlamoon.
(އޭ مؤمن ންނޭވެ!) ލުއިކަމާއި އަދި ބުރަކަމާއިއެކު (އެބަހީ: ހީވާގިކަމާއި، ކަންނެތްކަމާއިއެކުވެސް، އަދި فقير ކަމާއި މުއްސަނދިކަމާއިއެކުވެސް، އަދި ޒުވާންކަމާއި މުސްކުޅިކަމާއިއެކުވެސް - ސަވާރުވެގެންނާއި އަދި ފައިމަގުގައިވެސް، - އަދި ކޮންމެ حال އެއްގައިވެސް) ކަލޭމެން ހަނގުރާމައަށް ދާށެވެ! އަދި ކަލޭމެންގެ މުދަލާއި ޖާނުން ﷲ ގެ މަގުގައި ކަލޭމެން جهاد ކުރާށެވެ! ހަނގުރާމަކުރާށެވެ! ކަލޭމެންނަށް (جهاد ގެ މާތްކަން) އެނގޭނަމަ ކަލޭމެނަށް ހެޔޮވެގެންވަނީ އެގޮތެވެ.
-
9:42
لَوْ كَانَ عَرَضًا قَرِيبًا وَسَفَرًا قَاصِدًا لَّٱتَّبَعُوكَ وَلَـٰكِنۢ بَعُدَتْ عَلَيْهِمُ ٱلشُّقَّةُ ۚ وَسَيَحْلِفُونَ بِٱللَّهِ لَوِ ٱسْتَطَعْنَا لَخَرَجْنَا مَعَكُمْ يُهْلِكُونَ أَنفُسَهُمْ وَٱللَّهُ يَعْلَمُ إِنَّهُمْ لَكَـٰذِبُونَ
Law kaana ʻaraḍañ q̣areebañw wasafarañ q̣aaṣidal lattabaʻooka wa-laakim baʻudat ʻalayhimush shuq̣q̣ah. Wa-sayaḥlifoona billaahi lawis taṭaʻnaa lakharajnaa maʻakum. Yuhlikoona ʹañfusahum; wal-laahu yaʻlamu ʹinnahum lakaaẓiboon.
ހަނގުރާމައަށް ދާންޖެހުނުތަން އެއީ ގާތްތަނެއްކަމުގައިވެފައި غنيمة މުދާ ގާތުން ލިބިފައި އަދި ދަތުރަކީ މެދުމިނުގެ ފަސޭހަ ދަތުރެއްކަމުގައި ވީނަމަ (ހަނގުރާމައަށް ނުގޮސް ތިބުމަށް ކަލޭގެފާނުންގެ ކިބައިން އިޒުނައެދި ނުގޮސް ތިބި މީހުންވެސް) ހަނގުރާމައަށް ދިޔައީހެވެ. އަދި އެހެނެއްކަމަކު އެމީހުންގެ މައްޗަށް އެދަތުރު ދިގުވެ އުނދަގޫކަމަކަށްވީއެވެ. (އެއީ تَبُوْكُ ހަނގުރާމައެވެ. ހޫނު މޫސުމެވެ. ދުރުހިސާބެކެވެ.) އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފައި ބުނާނެއެވެ. އަހުރެމެންނަށް ކުޅަދާނަވީނަމަ ހަމަކަށަވަރުން އަހުރެމެން ކަލޭމެނާއެކު ހަނގުރާމައަށް ނުކުތީމުހެވެ. (ފަހެ އެމީހުން ﷲ ގަންދީ ދޮގުހުވައިކުރުމުގެ ސަބަބުން) އެމީހުން އެމީހުންގެ نفس ތައް ހަލާކުކުރަނީއެވެ. ހަމަކަށަވަރުން އެމީހުން އެއީ ދޮގުވެރިންކަން ކަނޑައެޅިގެން ﷲ ދެނެވޮޑިގެންވެއެވެ.
-
9:43
عَفَا ٱللَّهُ عَنكَ لِمَ أَذِنتَ لَهُمْ حَتَّىٰ يَتَبَيَّنَ لَكَ ٱلَّذِينَ صَدَقُوا۟ وَتَعْلَمَ ٱلْكَـٰذِبِينَ
ʻAfal laahu ʻañka Lima ʹaẓiñta lahum ḥattaa yatabayyana lakal laẓeena ṣadaq̣oo wa-taʻlamal kaaẓibeen.
(އޭ رسول ﷲ އެވެ!) ﷲ ކަލޭގެފާނަށް عفوء ކުރައްވައިފިއެވެ. ކަލޭގެފާނު އެމީހުނަށް (ހަނގުރާމައަށް ނުގޮސް ތިބުމަށް) އިޒުނަދެއްވީ ކީއްވެގެންތޯއެވެ؟ އެމީހުންގެތެރެއިން ތެދުވެރިންނާއި އަދި ދޮގުވެރިން ރަނގަޅަށް بيان ވެ ކަލޭގެފާނަށް އެނގިވަޑައިގެންފުމަށް ދާންދެންނެވެ.
-
9:44
لَا يَسْتَـْٔذِنُكَ ٱلَّذِينَ يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ أَن يُجَـٰهِدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۗ وَٱللَّهُ عَلِيمٌۢ بِٱلْمُتَّقِينَ
Laa- yastaʹẓinukal laẓeena yuʹminoona billaahi wal-Yawmil ʹAakhiri ʹañy yujaahidoo biʹamwaalihim wa-ʹañfusihim. Wallaahu ʻAleemum bil-Muttaq̣een.
ﷲ އަށާއި آخرة ދުވަހަށް އީމާންވާމީހުން އެމީހުންގެ މުދަލާއި އެމީހުންގެ ޖާނުން جهاد ކުރުމަށް ނުދާކަށް ކަލޭގެފާނުންގެ ކިބައިން އިޒުނައަކަށް ނޭދޭނެއެވެ. އަދި تقوى ވެރިން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.
-
9:45
إِنَّمَا يَسْتَـْٔذِنُكَ ٱلَّذِينَ لَا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱرْتَابَتْ قُلُوبُهُمْ فَهُمْ فِى رَيْبِهِمْ يَتَرَدَّدُونَ
ʹInnamaa yastaʹẓinukal laẓeena laa- yuʹminoona billaahi wal-Yawmil ʹAakhiri wartaabat q̣uloobuhum fahum fee raybihim yataraddadoon.
(ހަނގުރާމައަށް ނުގޮސްތިބުމަށް) ކަލޭގެފާނުންގެ ކިބައިން އިޒުނައެދޭކަން ކަށަވަރީ ﷲ އަށާއި آخرة ދުވަހަށް އީމާން ނުވާމީހުންނެވެ. އަދި (ﷲ ގެ އެއްކައުވަންތަކަމާއިމެދު) އެމީހުންގެ ހިތްތައް ޝައްކުގައިވާމީހުންނެވެ. ފަހެ އެމީހުން އެމީހުންގެ އެޝައްކުގައި ދެފުށު އެޅިއެޅިތިބެއެވެ. (އަނދިރިވެގެންވެއެވެ.)
-
9:46
۞ وَلَوْ أَرَادُوا۟ ٱلْخُرُوجَ لَأَعَدُّوا۟ لَهُۥ عُدَّةً وَلَـٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ ٱقْعُدُوا۟ مَعَ ٱلْقَـٰعِدِينَ
Wa-law ʹaraadul khurooja laʹaʻaddoo lahoo ʻuddatañw Walaakiñ karihal laahum biʻaas̤ahum fas̤abbaṭahum wa-q̣eelaq̣ ʻudoo maʻal q̣aaʻideen.
އަދި އެމީހުން (ހަނގުރާމައަށް ދިއުމަށް) ގަސްދުކުރިނަމަ (މާކުރިން) އެމީހުން އެކަމުގެ ތައްޔާރީތައް ކުރީހެވެ. އަދި އެހެނެއްކަމަކު ﷲ تعالى އެމީހުން ހަނގުރާމައަށް ފޮނުވުމަށް ރުހިވޮޑި ނުގެންނެވީއެވެ. ދެން އެހެންވެ އެމީހުން ބަރުހެލިވެ ބުރަވީއެވެ. އަދި (ގޭގައި ތިބޭ ބަލިމީހުންނާއި އަންހެނުންނާއި ކުޑަކުދިންނާއިއެކު) ކަލޭމެންވެސް ގޭގައި އިށީނދެތިބޭށޭ އެމީހުންނަށް އެންގެވުނެވެ.
-
9:47
لَوْ خَرَجُوا۟ فِيكُم مَّا زَادُوكُمْ إِلَّا خَبَالًا وَلَأَوْضَعُوا۟ خِلَـٰلَكُمْ يَبْغُونَكُمُ ٱلْفِتْنَةَ وَفِيكُمْ سَمَّـٰعُونَ لَهُمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ
Law kharajoo feekum maa zaadookum ʹillaa khabaalañw walaʹawḍaʻoo khilaalakum yabg̣oonakumul fitnah; wa-feekum sammaaʻoona lahum. Wallaahu ʻAleemum biz̤̣z̤̣aalimeen.
(އޭ مؤمن ންނޭވެ!) އެ منافق ން ކަލޭމެންނާއެކު ހަނގުރާމައަށް ނުކުތްނަމަވެސް ކަލޭމެނަށް ފަސާދަވެރިކަމާއި ގެއްލުންމެނުވީ އެމީހުން އިތުރުނުކުރާނެއެވެ. އަދި ކަލޭމެންގެ ދެދޭތެރެތަކަށް އަވަސްއަވަހަށް ވަދެ ފަސާދަކުރާނެއެވެ. އަދި ކަލޭމެނަށްޓަކައި އެމީހުން އެދޭނީ ހަމަ فتنة އެވެ. ނުބައި ގޮތްތަކެވެ. އަދި ކަލޭމެންގެތެރޭގައި އެމީހުންގެ (ދޮގުވާހަކަތައް) އަހާމީހުން ވެއެވެ. އަދި ﷲ تعالى އަނިޔާވެރިން ދެނެވޮޑިގެންވެއެވެ.
-
9:48
لَقَدِ ٱبْتَغَوُا۟ ٱلْفِتْنَةَ مِن قَبْلُ وَقَلَّبُوا۟ لَكَ ٱلْأُمُورَ حَتَّىٰ جَآءَ ٱلْحَقُّ وَظَهَرَ أَمْرُ ٱللَّهِ وَهُمْ كَـٰرِهُونَ
Laq̣adib tag̣awul fitnata miñ q̣ablu wa-q̣allaboo lakal ʹumoora ḥattaa jaaaʹal Ḥaq̣q̣u waz̤̣ahara ʹAmrul laahi wa-hum kaarihoon.
އަދި މީގެ ކުރިންވެސް އެމީހުން فتنة އަށް އެދުނެވެ. (އެއީ أُحْد ހަނގުރާމައިގެ ދުވަހު ކަލޭގެފާނު ދޫކޮށް އެނބުރިދިއުންފަދަ ކަންކަމެވެ.) އަދި ކަލޭގެފާނުންގެ ކަންތައް يعني: إسلام دين ގެ ކަންތައް އެކޮޅުކޮޅުންޖަހައި باطل ކޮށްލެވޭތޯ އެމީހުން އެދުނެވެ. މަސައްކަތްކުރިއެވެ. އެއީ ﷲ ގެ نصر އައިސް ﷲ ގެ أمر ފުޅު އެބަހީ: ﷲ ގެ دين ފައުޅުވެއްޖައުމަށްދާންދެންނެވެ. އެމުނާފިޤުންގެ މީހުން ނުރުހިތިބި حال ގައެވެ.
-
9:49
وَمِنْهُم مَّن يَقُولُ ٱئْذَن لِّى وَلَا تَفْتِنِّىٓ ۚ أَلَا فِى ٱلْفِتْنَةِ سَقَطُوا۟ ۗ وَإِنَّ جَهَنَّمَ لَمُحِيطَةٌۢ بِٱلْكَـٰفِرِينَ
Wa-minhum mañy yaq̣ooluʹ ẓal lee wa-laa taftinnee. ʹAlaa fil fitnati saq̣aṭoo? Wa-ʹinna Jahannama lamuḥeeṭatum bil-Kaafireen.
އަދި އެ منافق ން ތެރޭގައި މިހެން ބުނާމީހުން ވެއެވެ. ކަލޭގެފާނުން އަހުރެންނަށް (ހަނގުރާމައަށް ނުގޮސް ހުރުމުގެ) އިޒުނަދެއްވާށެވެ! އަދި އަހުރެން فتنة ވެރި ނުކުރުވާށެވެ. (މިހެން ބުނީ جدّ بن قيس ކިޔާމީހަކު ކަމުގައިވިއެވެ. އަދި އޭނާ ބުންނެވެ. بَنِي الأصْفَر ގެ يعني: رومى ންގެ ދޮން އަންހެނުން ދުށުމުން إمتحان ނުކުރައްވާށެވެ!) ދަންނާށެވެ! އެމީހުން އެވެއްޓުނީ ހަމަ فتنة އަށެވެ. އަދި ހަމަކަށަވަރުން ކާފަރުންގެ ވަށައިގެން ނަރަކަ ވާކަން ކަށަވަރެވެ.
-
9:50
إِن تُصِبْكَ حَسَنَةٌ تَسُؤْهُمْ ۖ وَإِن تُصِبْكَ مُصِيبَةٌ يَقُولُوا۟ قَدْ أَخَذْنَآ أَمْرَنَا مِن قَبْلُ وَيَتَوَلَّوا۟ وَّهُمْ فَرِحُونَ
ʹIñ tuṣibka ḥasanatuñ tasuʹhum; wa-ʹiñ tuṣibka muṣeebatuñy yaq̣ooloo q̣ad ʹakhaẓnaaa ʹamranaa miñ q̣ablu wa-yatawallaw wahum fariḥoon.
(އޭ رسول ﷲ އެވެ!) ތަނެއް فتح ވުންފަދަ - غنيمة އެއް حاصل ވުންފަދަ ކަލޭގެފާނަށް ހެވެއް އަދި އުފާވާކަމެއް ދިމާވެއްޖެއްޔާ އެ منافق ންގެ މީހުން ނުބައިވެ ދެރަވާނެއެވެ. އަދި زَخم ވުންފަދަ - قتل ވުންފަދަ ދެރަކަމެއް مصيبة އެއް ކަލޭގެފާނަށް ދިމާވެއްޖެއްޔާ އެމީހުން ބުނާނެއެވެ. އަހުރެމެން މިތިބީ އަހުރެމެންގެ ކަންތަކުގައި ރައްކާތެރި ސަލާމަތްގޮތް ހިފައިގެންނެވެ. (އެބަހީ: ހަނގުރާމަޔަށް ނުގޮސް ސަލާމަތްގޮތުގައި މި مصيبة ޖެހުމުގެ ކުރިންވެސް ހިފައިގެންނެވެ. އަދި އެމީހުން އުފާކުރާ حال ފުރަގަސްދީ އެނބުރި ދެއެވެ.
-
9:51
قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
Q̣ul lañy yuṣeebanaaa ʹillaa maa- katabal laahu lanaa Huwa Mawlaanaa: wa-ʻalal laahi fal-yatawakkalil Muʹminoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަހުރެމެނަށް ކަނޑައަޅުއްވާ ލިއުއްވާފައިވާ ކަމެއް މެނުވީ އަހުރެމެންނަށް ނުޖެހޭނެއެވެ. އެކަލާނގެއީ އަހުރެމެންގެ ސަހަރޯވެރި نصر ވެރި ސާހިބާއެވެ. އަދި مؤمن ން ކަނޑައެޅިގެން ﷲ އަށް وكيل ކުރާ ހުށިކަމެވެ. އިތުބާރުކުރާ ހުށިކަމެވެ!
-
9:52
قُلْ هَلْ تَرَبَّصُونَ بِنَآ إِلَّآ إِحْدَى ٱلْحُسْنَيَيْنِ ۖ وَنَحْنُ نَتَرَبَّصُ بِكُمْ أَن يُصِيبَكُمُ ٱللَّهُ بِعَذَابٍ مِّنْ عِندِهِۦٓ أَوْ بِأَيْدِينَا ۖ فَتَرَبَّصُوٓا۟ إِنَّا مَعَكُم مُّتَرَبِّصُونَ
Q̣ul hal tarabbaṣoona binaaa ʹillaaa ʹiḥdal ḥusnayayn? Wa-naḥnu natarabbaṣu bikum ʹañy yu-ṣeebakumul laahu biʻaẓaabim min ʻiñdiheee ʹaw biʹaydeenaa. Fatarabbaṣooo ʹinnaa maʻakum mutarabbiṣoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު (އެ منافق ންނަށް) ވިދާޅުވާށެވެ! ދެހެވުންކުރެ އެއް ހެވަށް މެނުވީ ކަލޭމެން އަހުރެމެންނާމެދު އެބަ إنتظار ކުރޭހެއްޔެވެ؟ (އެއް ހެވަކީ عدوّ ންގެ އަތުން غنيمة މުދާލިބި فتح ވުންފަދަ ކަންކަމެވެ. - އަނެއް ހެވަކީ ހަނގުރާމައިގައި قتل ވެ شهيد ވެގެން ދިއުމެވެ. އޭގެ ނަތީޖާއަކީ ކަނޑައެޅިގެން ސުވަރުގެއެވެ.) އަދި އަހުރެމެން ކަލޭމެންނާމެދު މި إنتظار ކުރަނީ ﷲ تعالى ސީދާ އެކަލާނގެ حضرة ން ކަލޭމެނަށް عذاب އެއް ދެއްވުމަށެވެ. ނުވަތަ އަހުރެމެންގެ އަތްތަކުން ކަލޭމެނަށް عذاب އެއް ދެއްވުމަށެވެ. ފަހެ ކަލޭމެން ކަލޭމެން އެދޭ ކަންތަކަށް إنتظار ކުރާށެވެ! އަހުރެމެންވެސް ކަލޭމެންނާއެކު إنتظار ކުރާނަމެވެ.
-
9:53
قُلْ أَنفِقُوا۟ طَوْعًا أَوْ كَرْهًا لَّن يُتَقَبَّلَ مِنكُمْ ۖ إِنَّكُمْ كُنتُمْ قَوْمًا فَـٰسِقِينَ
Q̣ul ʹañfiq̣oo ṭawʻan ʹaw karhal lañy yutaq̣abbala miñ-kum: ʹinnakum kuñtum q̣awmañ faasiq̣een.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކިޔަމަންތެރިކަމާއިއެކު ހޭދަކުރިޔަސް ނުވަތަ ނުރުހުމާއެކު ހޭދަކުރިޔަސް ކަލޭމެންގެ ކިބައިން އެކަން قبول ނުކުރެވޭނެއެވެ. އެހެނީ ހަމަކަށަވަރުން ކަލޭމެންނަކީ فاسق ބައެކެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބައެކެވެ.)
-
9:54
وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَـٰتُهُمْ إِلَّآ أَنَّهُمْ كَفَرُوا۟ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأْتُونَ ٱلصَّلَوٰةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَـٰرِهُونَ
Wa-maa manaʻahum ʹañ tuq̣bala minhum nafaq̣aatuhum ʹillaaa ʹannahum kafaroo billaahi wa-bi-Rasoolihee wa-laa yaʹtoonaṣ Ṣalaata ʹillaa wa-hum kusaalaa wa-laa yuñfiq̣oona ʹillaa wa-hum kaarihoon.
އެމީހުންގެ ކިބައިން އެމީހުންގެ އެހޭދަކުރުން قبول ނުކުރެވެނީ ހަމަކަށަވަރުން އެމީހުން ﷲ އަށާއި އަދި އެކަލާނގެ رسول އާއަށް ކާފަރުވީކަން ކަމުގައި މެނުވީ ނުވެއެވެ. (އެބަހީ: އެދެފަރާތަށް ކާފަރުވީކަމުގެ ސަބަބުންނެވެ.) އަދި އެމީހުން ކަންނެތްކަންމަތީގައިވާ حال މެނުވީ ނަމާދަށް ނާދެއެވެ. އަދި އެމީހުން ނުރުހިތިބެގެންވާ حال ގައިމެނުވީ އެމީހުން ހޭދަ ނުކުރެއެވެ.
-
9:55
فَلَا تُعْجِبْكَ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُمْ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُم بِهَا فِى ٱلْحَيَوٰةِ ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَـٰفِرُونَ
Falaa tuʻjibka ʹamwaaluhum wa-laaa ʹawlaaduhum. ʹInnamaa yureedul laahu liyuʻaẓẓibahum̃ bihaa fil ḥayaatid dunyaa wa-tazhaq̣a ʹañfusuhum wa-hum kaafiroon.
(އޭ رسول ﷲ އެވެ!) ފަހެ އެމީހުންގެ މުދަލާއި އަދި އެމީހުންގެ ދަރީންގެ ސަބަބުންވިޔަސް ކަލޭގެފާނު عجائب ކުރުވިޔަ ނުދޭށެވެ! އެހެނީ ހަމަކަށަވަރުން ﷲ تعالى އެދިވޮޑިގަންނަވަނީ ދުނިޔޭގެ حياة ގައި އެތަކެތީން އެމީހުންނަށް އެކަލާނގެ عذاب ދެއްވުމަށެވެ. އަދި އެމީހުން ކާފަރުންކަމުގައިވާ حال އެމީހުންގެ ފުރާނަތައް ނުކުމެގެން ދިއުމަށެވެ.
-
9:56
وَيَحْلِفُونَ بِٱللَّهِ إِنَّهُمْ لَمِنكُمْ وَمَا هُم مِّنكُمْ وَلَـٰكِنَّهُمْ قَوْمٌ يَفْرَقُونَ
Wa-yaḥlifoona billaahi ʹinnahum lamiñkum; wa-maa hum miñkum wa-laakinnahum q̣awmuñy yafraq̣oon.
އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފާ ބުނެއެވެ. ހަމަކަށަވަރުން އެމީހުންވަނީ ކަލޭމެން (مؤمن ން) ގެ ތެރެއިންނެވެ. (އެހެންނަމަވެސް) އެމީހުން ކަލޭމެންގެތެރެއިން ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންނަކީ (ކަލޭމެންދެކެ) ބިރުގަންނަ ބައެކެވެ.
-
9:57
لَوْ يَجِدُونَ مَلْجَـًٔا أَوْ مَغَـٰرَٰتٍ أَوْ مُدَّخَلًا لَّوَلَّوْا۟ إِلَيْهِ وَهُمْ يَجْمَحُونَ
Law yajidoona maljaʹan ʹaw mag̣aaraatin ʹaw muddakhalal lawallaw ʹilayhi wa-hum yajmaḥoon.
އެމީހުންނަށް (ކިއްލާއެއްފަދައިން) އެމީހުން ސަލާމަތްވާނެތަނެއް ފެންނަނަމަ ނުވަތަ ވަންނާނެ ހޮހޮޅައެއް ފެންނާނެނަމަ ނުވަތަ ބިމުގައި ކޮނެފައިވާ ހޮރެއް ފެންނާނެނަމަ ހަމަކަށަވަރުން އެމީހުން އެދިމާއަށް އަވަސްވެގެންވާ حال އެނބުރި ހިނގައިދާނެއެވެ.
-
9:58
وَمِنْهُم مَّن يَلْمِزُكَ فِى ٱلصَّدَقَـٰتِ فَإِنْ أُعْطُوا۟ مِنْهَا رَضُوا۟ وَإِن لَّمْ يُعْطَوْا۟ مِنْهَآ إِذَا هُمْ يَسْخَطُونَ
Wa-minhum mañy yalmizuka fiṣ ṣadaq̣aat: faʹin ʹuʻṭoo minhaa raḍoo wa-ʹil lam yuʻṭaw minhaaa ʹiẓaa hum yaskhaṭoon!
އަދި އެ منافق ންގެތެރޭގައި صدقة ގެ ކަންތަކުގައި ކަލޭގެފާނަށް عَيب ކިޔާމީހުންވެއެވެ. ފަހެ އެމީހުންނަށް އެއިން ދެވިއްޖެއްޔާ އެމީހުން ރުހެއެވެ. އަދި އެމީހުންނަށް އެއިން ނުދެވިއްޖެއްޔާ އެހައިރުން އެމީހުން ރުޅިއާދެއެވެ.
-
9:59
وَلَوْ أَنَّهُمْ رَضُوا۟ مَآ ءَاتَىٰهُمُ ٱللَّهُ وَرَسُولُهُۥ وَقَالُوا۟ حَسْبُنَا ٱللَّهُ سَيُؤْتِينَا ٱللَّهُ مِن فَضْلِهِۦ وَرَسُولُهُۥٓ إِنَّآ إِلَى ٱللَّهِ رَٰغِبُونَ
Wa-law ʹannahum raḍoo maaa ʹaataahumul laahu wa-Rasooluhoo wa-q̣aaloo ḥasbunal laahu sayuʹteenal laahu miñ faḍlihee wa-Rasooluhooo ʹinnaaa ʹilal laahi raag̣iboon.
އަދި އެމީހުންނަށް ﷲ އާއި އެކަލާނގެ رسول އާ ދެއްވިތަކެއްޗަށް އެމީހުން ރުހުނުނަމަ. "އަދި އަހުރެމެންނަށް ﷲ ފުދެއެވެ." އަދި ނިކަންހުރެ ﷲ އެކަލާނގެ فضل ވަންތަކަމުން އަހުރެމެންނަށް ދެއްވާނެއެވެ. އަދި رسول އާވެސް ދެއްވާނެއެވެ. ހަމަކަށަވަރުން އަހުރެމެން މިއެދެނީ ހަމަ ﷲ ގެ حضرة ންނެވެ. މިހެން އެމީހުން ބުނިނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ؟
-
9:60
۞ إِنَّمَا ٱلصَّدَقَـٰتُ لِلْفُقَرَآءِ وَٱلْمَسَـٰكِينِ وَٱلْعَـٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَـٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
ʹInnamaṣ Ṣadaq̣aatu lilfuq̣araaaʹi walmasaakeeni wal-ʻaamileena ʻalayhaa wal-muʹallafati q̣uloobuhum wa-fir riq̣aabi walg̣aarimeena wa-fee Sabeelil laahi wabnis sabeel: fareeḍatam minal laah, wal-laahu ʻAleemun Ḥakeem.
صدقة ވާނީ (އެބަހީ: صدقة ދެވުން حقّ ވާބަޔަކީ) فقير ންނަށާއި مسكين ންނަށާއި صدقة އެއްކޮށް جمع ކުރުމުގައި މަސައްކަތް ކުރާމީހުންނަށާއި އަލަށް إسلام دين އަށް ވަން މީހުންނަށާއި އަޅުން މިނިވަންކުރުމަށާއި ދަރަނިވެރިންނަށާއި ﷲ ގެ މަގުގައިވާ (ހަނގުރާމަވެރިންނަށާއި ދީނަށްޓަކައި جهاد ކުރާމީހުންނަށް) އަދި ދަތުރުވެރިންނަށެވެ. މިއަށް ބާވަތުގެ މީހުންނަށެވެ. މިއީ ﷲ ގެ حضرة ންވާ فرض އެއްގެގޮތުންނެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަކަލާނގެއެވެ. • ދަންނައެވެ! އިސްވެދިޔަ އާޔަތުގައި އެވަނީ ޒަކާތް ބެހޭނެ އަށްބާވަތުގެ މީހުންނެވެ. މިއިން ކޮންމެ ބާވަތަކާމެދު علم ވެރިން ވާހަކަ ދައްކަވާފައިވެއެވެ. شرح އެއްގެގޮތުންނެވެ. އެވާހަކަތަކަށް އަދި ފަހުން ވާހަކަދެއްކުމަށް ބޭއްވީއެވެ.
-
9:61
وَمِنْهُمُ ٱلَّذِينَ يُؤْذُونَ ٱلنَّبِىَّ وَيَقُولُونَ هُوَ أُذُنٌ ۚ قُلْ أُذُنُ خَيْرٍ لَّكُمْ يُؤْمِنُ بِٱللَّهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِّلَّذِينَ ءَامَنُوا۟ مِنكُمْ ۚ وَٱلَّذِينَ يُؤْذُونَ رَسُولَ ٱللَّهِ لَهُمْ عَذَابٌ أَلِيمٌ
Wa-minhumul laẓeena yuʹẓoonan Nabiyya wa-yaq̣ooloona Huwa ʹuẓun. Q̣ul ʹuẓunu khayril lakum yuʹminu billaahi wa-yuʹminu lil-muʹmineena wa-Raḥmatul lil-laẓeena ʹaamanoo miñkum. Wallaẓeena yuʹẓoona Rasoolal laahi lahum ʻaẓaabun ʹaleem.
އަދި އެ منافق ންގެތެރޭގައި نبي ﷲ ﷺ އަށް އުނދަގޫކުރާ މީހުންވެއެވެ. އަދި އެމީހުން ބުނެއެވެ. އެކަލޭގެފާނު އެއީ ކަންފަތެކެވެ. (އެބަހީ: ކޮންމެ މީހެއްގެ ކިބައިން ކޮންމެ އެއްޗެއް އައްސަވައެވެ. އަދި ތެދުކުރައްވައެވެ.) ކަލޭގެފާނުން ވިދާޅުވާށެވެ! އެއީ ކަލޭމެނަށްވާ ރަނގަޅު ހެޔޮ ކަންފަތެކެވެ. އެބަހީ ހެޔޮ އެއްޗެތި އައްސަވާ ތެދުކުރައްވައެވެ.) އެކަލޭގެފާނު ﷲ ތެދުކުރައްވައެވެ. އަދި مؤمن ން ތެދުކުރައްވައެވެ. އަދި އެއީ ކަލޭމެންކުރެ އީމާންވީ މީހުންނަށްވާ رحمة އެކެވެ. އަދި رسول ﷲ އަށް އުނދަގޫކުރާމީހުން (ދަންނައެވެ!) އެމީހުންނަށް ހުރީ ވޭންދެނިވި عذاب އެކެވެ.
-
9:62
يَحْلِفُونَ بِٱللَّهِ لَكُمْ لِيُرْضُوكُمْ وَٱللَّهُ وَرَسُولُهُۥٓ أَحَقُّ أَن يُرْضُوهُ إِن كَانُوا۟ مُؤْمِنِينَ
Yaḥlifoona billaahi lakum liyurḍookum: wallaahu wa-Rasooluhooo ʹaḥaq̣q̣u ʹañy yurzoohu ʹiñ kaanoo Muʹmineen.
އެ منافق ންގެ މީހުން ކަލޭމެން مؤمن ން ރުއްސުމަށްޓަކައި ހުވައިކުރެއެވެ. (އެހެންނަމަވެސް) ﷲ އާއި އެކަލާނގެ رسول އާ ރުއްސުން އެމީހުންނަށް މާ حقّ ކަންބޮޑެވެ. އެމީހުން އެއީ مؤمن ން ކަމުގައިވަންޏާއެވެ.
-
9:63
أَلَمْ يَعْلَمُوٓا۟ أَنَّهُۥ مَن يُحَادِدِ ٱللَّهَ وَرَسُولَهُۥ فَأَنَّ لَهُۥ نَارَ جَهَنَّمَ خَـٰلِدًا فِيهَا ۚ ذَٰلِكَ ٱلْخِزْىُ ٱلْعَظِيمُ
ʹAlam yaʻlamooo ʹannahoo mañy yuḥaadidil laaha wa-Rasoolahoo faʹanna lahoo naara Jahannama khaalidañ feehaa. Ẓaalikal khizyul ʻaz̤̣eem.
ހަމަކަށަވަރުން ﷲ އާއި އެކަލާނގެ رسول އާއި އިދިކޮޅުވެ خلاف ވާމީހާއަށް (قيامة ދުވަހުން) ނަރަކަ ހުންނާނެކަން އެމީހުންނަށް ފަހެ ނޭނގެނީހެއްޔެވެ؟ އެތާ އެމީހަކު ދެމިހުންނަ حال ގައެވެ. ބޮޑުވެގެންވާ ދެރަނިކަމެތިކަމަކީ އެއީއެވެ.
-
9:64
يَحْذَرُ ٱلْمُنَـٰفِقُونَ أَن تُنَزَّلَ عَلَيْهِمْ سُورَةٌ تُنَبِّئُهُم بِمَا فِى قُلُوبِهِمْ ۚ قُلِ ٱسْتَهْزِءُوٓا۟ إِنَّ ٱللَّهَ مُخْرِجٌ مَّا تَحْذَرُونَ
Yaḥẓarul Munaafiq̣oona ʹañ tunazzala ʻalayhim sooratuñ tunabbiʹuhum̃ bimaa fee q̣uloobihim. Q̣ulis tahziʹoo! ʹInnal laaha mukhrijum maa taḥẓaroon.
منافق ން އެމީހުންގެ ހިތްތަކުގައިވާ (ނުބައި) ތަކެތި بيان ކޮށް ފައުޅުކޮށްދޭ سورة އެއް އެމީހުންގެ މައްޗަށް - އެމީހުންނާއި ބެހޭގޮތުން ބާވައިލައްވާފާނެކަމަށް منافق ން ބިރުގަނެއެވެ. އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން މަލާމާތް ކުރާށެވެ! ހަމަކަށަވަރުން ﷲ تعالى އީ ކަލޭމެން ބިރުގަންނަ ތަކެތި ނެރުއްވާނޭ ކަލާނގެއެވެ. • ދަންނައެވެ! މިއާޔަތް ބާވައިލެއްވިކަމުގައިވަނީ منافق ންގެ ބަޔަކު رسول އާ އަށާއި مؤمن ންނަށް މަލާމާތްކުރުމަކާ ގުޅިގެން ކަމުގައިވިއެވެ. والله أعلم.
-
9:65
وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِٱللَّهِ وَءَايَـٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ
Wa-laʹiñ saʹaltahum layaq̣oolunna ʹinnamaa kunnaa nakhooḍu wa-nalʻab. Q̣ul ʹabillaahi wa-ʹAayaatihee wa-Rasoolihee kuñtum tastahziʹoon.
އަދި ކަލޭގެފާނު އެމީހުންނާއި ސުވާލުކުރައްވައިފިއްޔާ އެމީހުން ބުނާނެއެވެ. އަހުރެމެންވީ (ދަތުރުގެ ވަރުބަލި ފިލުވައިލުމުގެ ގޮތުން) ސަމާސާގެ ތެރެއަށް ވަދެލާ ކުޅެލުމަށާއި މަޖާ ވާހަކަކޮޅެއް ދައްކައިލި ބަޔަކުކަމުގައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން މަލާމާތްކޮށް ފުރައްސާރަ ކުރަންވީ ﷲ އަށާއި އެކަލާނގެ އާޔަތަކަށާއި އަދި އެކަލާނގެ رسول އާއަށް ހެއްޔެވެ؟
-
9:66
لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَـٰنِكُمْ ۚ إِن نَّعْفُ عَن طَآئِفَةٍ مِّنكُمْ نُعَذِّبْ طَآئِفَةًۢ بِأَنَّهُمْ كَانُوا۟ مُجْرِمِينَ
Laa- taʻtaẓiroo q̣ad kafartum baʻda ʹeemaanikum. ʹIn naʻfu ʻañ ṭaaaʹifatim miñkum nuʻaẓẓib ṭaaaʹifatam biʹannahum kaanoo mujrimeen.
ކަލޭމެން عذر ދައްކާ ބަހަނާދައްކަން ނަހަދާށެވެ! ކަލޭމެން ތިޔަވަނީ ކަލޭމެންގެ އީމާންކަމަށްފަހު އަލުންވެސް ކާފަރުވެގެންނެވެ. ކަލޭމެންކުރެ ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވާހުށީމެވެ. އެހެނީ ހަމަކަށަވަރުން އެމީހުންވީ مُجْرِم ން ކަމުގައެވެ. ނުބައި ނުލަފާ މީހުން ކަމުގައެވެ. • ދަންނައެވެ! މިއާޔަތާއި މީގެ ފަހުގެ ދެއާޔަތް ބާވައިލެއްވުނު ސަބަބެއް ކަމުގައި تفسير ފޮތްތަކާއި حديث ފޮތްތަކުގައި ރިވާވެގެންވަނީ رسول ﷲ ﷺ އާއި أصحاب ބޭކަލުން تَبُوك ހަނގުރާމައަށް ވަޑައިގެންނެވި لشكر ގައި منافق ންގެ ބަޔަކުވެސްވެއެވެ. ދެންފަހެ رسول ﷲ ﷺ ކޮންމެވެސް منزل އެއްގައި لشكر މަޑުކުރައްވާފައިވަނިކޮށް މި منافق ން އެއްތަނަކަށް ޖެހިލާފައި رسول ﷲ ﷺ އަށާއި أصحاب ބޭކަލުންނަށް ދޮގު ހުތުރުބަސްތަކުން މަލާމާތްކުރީއެވެ. އެއަޑު އަހަން އެތާ މާތްވެގެންވާ أصحاب ބޭކަލަކު އިންނެވިއެވެ. އަދި އެމީހުންނާއި ދިމާއަށް ވިދާޅުވިއެވެ. ކަލޭ ތިޔަހަދަނީ ދޮގެވެ. އަހުރެން މިދަނީ ތިޔަވާހަކަ رسول ﷲ ﷺ އަށް ދަންނަވާށެވެ. އަދި އެބޭކަލަކު އެކަލޭގެފާނުންގެ އަރިހަށް ވަޑައިގެންނެވި އިރު قرآن އެކަމުގައި އިސްވެއްޖެއެވެ. އިސްވެދިޔަ ދެއާޔަތް ބާވައިލައްވާ އެވާހަކަ ދެއްކި މީހުންނަކީ ކާފަރުން ކަމުގައި ނިޔާކަނޑައަޅުއްވައިފިއެވެ. މިވާހަކަ تفصيل ކޮށް حديث ފޮތްތަކާއި تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. والله أعلم.
-
9:67
ٱلْمُنَـٰفِقُونَ وَٱلْمُنَـٰفِقَـٰتُ بَعْضُهُم مِّنۢ بَعْضٍ ۚ يَأْمُرُونَ بِٱلْمُنكَرِ وَيَنْهَوْنَ عَنِ ٱلْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا۟ ٱللَّهَ فَنَسِيَهُمْ ۗ إِنَّ ٱلْمُنَـٰفِقِينَ هُمُ ٱلْفَـٰسِقُونَ
ʹAl-Munaafiq̣oona wal-Munaafiq̣aatu baʻḍuhum mim baʻḍ. Yaʹmuroona bilmuñkari wa-yanhawna ʻanil maʻroofi wa-yaq̣biḍoona ʹaydiyahum. Nasul laaha fanasiyahum. ʹInnal Munaafiq̣eena humul faasiq̣oon.
منافق ފިރިހެނުންނާއި منافق އަންހެނުން (ދަންނައެވެ!) އޭގެ އެއްބަޔަކުވަނީ އޭގެ އަނެއްބަޔެއްގެ ތެރެއިންނެވެ. (އެއީ ހަމަ އެއްބައެކެވެ. ކޮންމެ ބަޔަކުވެސް އީމާންކަން ބޭރުފުށުން ފާޅުކޮށް އެތެރެފުށުގައި ކާފަރުކަން ވަންހަނާކުރެއެވެ.) އެމީހުން އަމުރުކުރަނީ منكرات ތައް ކުރުމަށެވެ. (އެއީ ﷲ އަށާއި އެކަލާނގެ رسول އާއަށް ކާފަރުވުމަށެވެ.) އަދި އެމީހުން މަނާކޮށް ނަހީކުރަނީ ހެޔޮކަންތައް ކުރުމެވެ. (ﷲ އަށާއި އެކަލާނގެ رسول އާއަށް އީމާންވުމެވެ.) އަދި އެމީހުން (حقّ ގޮތުގައި ހޭދައެއް ނުކުރުމަށް) އެމީހުންގެ އަތްތައް ހިފަހައްޓައެވެ. އެމީހުން ﷲ ހަނދާން ނައްތައިލީއެވެ. (އެބަހީ: އެމީހުން ﷲ އަށް ކިޔަމަންވުމަށާއި އެކަލާނގެ أمر ފުޅަށް تبع ވުމަށް އެމީހުން ހަނދާންނައްތައިލީއެވެ.) ދެންފަހެ ﷲ ވެސް އެމީހުންގެ މަތީން ހަނދުމަނެތިވެވޮޑިގެންނެވީއެވެ. (އެބަހީ: ﷲ އެމީހުންނަށް ހެޔޮކަމަށް توفيق ދެއްވުމާއި ތެދުމަގު ދެއްކެވުން ދޫކޮށްލެއްވީއެވެ.) ހަމަކަށަވަރުން منافق ން ނަކީ ކަނޑައެޅިގެން فاسق ންނެވެ.
-
9:68
وَعَدَ ٱللَّهُ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْكُفَّارَ نَارَ جَهَنَّمَ خَـٰلِدِينَ فِيهَا ۚ هِىَ حَسْبُهُمْ ۚ وَلَعَنَهُمُ ٱللَّهُ ۖ وَلَهُمْ عَذَابٌ مُّقِيمٌ
Waʻadal laahul Munaafiq̣eena wal-Munaafiq̣aati wal-Kuffaara naara Jahannama khaalideena feehaa. Hiya ḥasbuhum: wa-laʻanahumul laah, wa-lahum ʻaẓaabum muq̣eem.
އަދި منافق ފިރިހެނުންނަށާއި منافق އަންހެނުންނަށާއި ސީދާ ކާފަރުންނަށާއި މިމީސްމީހުންނަށް ﷲ وعد ކުރައްވާފައިވަނީ (قيامة ދުވަހުން) ނަރަކައިގެ އަލިފާނެވެ. އެމީހުން އެތާ ދެމިތިބޭ حال ގައެވެ. އެމީހުންނަށް ފުދޭނެ ތަނަކީ ހަމަ އެތަނެވެ. އަދި ﷲ تعالى އެމީހުންނަށް لعنة ލެއްވިއެވެ. އަދި އެމީހުންނަށް ހުރީ ހަމަ ދާއިމީ އަބަދީ عذاب އެވެ.
-
9:69
كَٱلَّذِينَ مِن قَبْلِكُمْ كَانُوٓا۟ أَشَدَّ مِنكُمْ قُوَّةً وَأَكْثَرَ أَمْوَٰلًا وَأَوْلَـٰدًا فَٱسْتَمْتَعُوا۟ بِخَلَـٰقِهِمْ فَٱسْتَمْتَعْتُم بِخَلَـٰقِكُمْ كَمَا ٱسْتَمْتَعَ ٱلَّذِينَ مِن قَبْلِكُم بِخَلَـٰقِهِمْ وَخُضْتُمْ كَٱلَّذِى خَاضُوٓا۟ ۚ أُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ
Kallaẓeena miñ q̣ablikum kaanooo ʹashadda miñkum q̣uwwatañw waʹaks̤ara ʹamwaalañw Waʹawlaadaa. Fastamtaʻoo bikhalaaq̣ihim fastamtaʻtum̃ bikhalaaq̣ikum kamas tamtaʻal laẓeena miñ q̣ablikum̃ bikhalaaq̣ihim wa-khuḍtum kallaẓee khaaḍoo. ʹUlaaaʹika ḥabiṭat ʹaʻmaaluhum fid dunyaa wal-ʹAakhirah; wa-ʹulaaaʹika humul khaasiroon.
(އޭ منافق ންނޭވެ!) ކަލޭމެންވެސް އިސްވެދިޔަ ކަލޭމެންކަހަލަ މީހުންފަދައެވެ. އެމީހުންވީ (ކަލޭމެނަށްވުރެ) މާބާރުގަދަ އަދި މުދަލާއި ދަރިން ގިނަ ބަޔަކު ކަމުގައެވެ. ފަހެ އެމީހުން އެމީހުންނަށް ލިބުނު ނަސީބުގައި (ﷲ ދެއްވިތަކެތީގައި) އަރާމުކޮށް ފައިދާނެގިއެވެ. ކަލޭމެންވެސް ކަލޭމެނަށް ލިބުނު ނަސީބުގައި އަރާމުކޮށް މަޖާކޮށް ފައިދާނަގައިފީމުއެވެ. (އެބަހީ: آخرة ގެ ނަސީބުގެ ބަދަލުގައި ދުނިޔޭގެ ނަސީބުގައި ފައިދާ އުފުލައިފީމުއެވެ. އެއީ ކަލޭމެންގެ ކުރީގެ މީހުންވެސް އެމީހުންގެ ނަސީބުން ފައިދާ އުފުލިފަދައިންނެވެ. އަދި އެމީހުންވެސް (ދޮގާއި باطل ގެ ތެރެއަށް) ވަދެގަތްފަދައިން ކަލޭމެންވެސް (ދޮގާއި باطل ގެތެރެއަށް) ވަދެގެންފީމުއެވެ. އެފަދަމީހުން ދަންނައެވެ! އެމީހުންގެ ދުނިޔެއާއި آخرة ގެ އެންމެހައި ހެޔޮ عمل ތައް باطل ވީއެވެ. އަދި އެމީހުން އެއީ ހަމަ ގެއްލި ހަލާކުވެގެންވާ މީހުންނެވެ.
-
9:70
أَلَمْ يَأْتِهِمْ نَبَأُ ٱلَّذِينَ مِن قَبْلِهِمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَقَوْمِ إِبْرَٰهِيمَ وَأَصْحَـٰبِ مَدْيَنَ وَٱلْمُؤْتَفِكَـٰتِ ۚ أَتَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ ۖ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ
ʹAlam yaʹtihim naba ʹullaẓeena miñ q̣ablihim q̣awmi Nooḥiñw WaʻAadiñw wa-S̤amooda wa-q̣awmi ʹIbraaheema wa-ʹAṣḥaabi Madyana wal-Muʹtafikaat. ʹAtathum rusuluhum̃ bilbayyinaat. Famaa kaanal laahu liyaz̤̣limahum wa-laakiñ kaanooo ʹañfusahum yaz̤̣limoon.
އެމީހުންގެ ގާތަށް (އެބަހީ: منافق ންގެގާތަށް) އެމީހުންގެ ކުރިން އިސްވެދިޔަ أمّة ތަކުގެ خبر ނާދޭބާވައެވެ؟ އެއީ نوح قوم - عَاد އާއި އަދި ثَمُوْدُ قوم އަދި إبراهيم ގެފާނުންގެ قوم އާއި مَدْيَن ގެ أهل ވެރިންނާއި ބަންޑުންޖެހުނުރަށުގެ يعني: لوط قوم ގެ خبر އެވެ. އެމީސްމީހުންގެ ގާތަށް އެމީހުންގެ رسول ބޭކަލުން ބަޔާންވެ ފައުޅުވެގެންވާ دليل އާއިގެން ވަޑައިގެންނެވިއެވެ. (ނަމަވެސް އެ أمّة ތަކުގެ ކާފަރުން އެބޭކަލުން ދޮގުކޮށް އަދި އީމާން ނުވުމުގެ ސަބަބުން ﷲ އެމީހުން ހަލާކު ކުރެއްވީއެވެ. ކަލޭމެންވެސް އީމާން ނުވިއްޔާ ވާނީ ހަމަ އެކަހަލަ ގޮތެކެވެ.) އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިގެންނެވީއެއްނޫނެވެ. ނަމަވެސް އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވީއެވެ.
-
9:71
وَٱلْمُؤْمِنُونَ وَٱلْمُؤْمِنَـٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ يَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَـٰٓئِكَ سَيَرْحَمُهُمُ ٱللَّهُ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
Wal-Muʹminoona Wal-Muʹminaatu baʻḍuhum ʹawliyaaaʹu baʻḍ. Yaʹmuroona bilmaʻroofi wa-yanhawna ʻanil muñkari wa-yuq̣eemoonaṣ Ṣalaata wa-yuʹtoonaz Zakaata wa-yuṭeeʻoonal laaha wa-Rasoolah. ʹUlaaaʹika sayarḥamuhumul laah; ʹinnal laaha ʻAzeezun Ḥakeem.
އަދި مؤمن ފިރިހެނުންނާއި مؤمن އަންހެނުން އޭގެ އެއްބަޔަކީ އަނެއްބައެއްގެ ސަހަރޯވެރިންނެވެ. نصر ވެރި ވާގިވެރިންނެވެ. އެމީހުން ހެޔޮކަންތަކަށް އަމުރުކޮށް منكرات ނަހީކޮށް މަނާކުރެއެވެ. އަދި އެމީހުން ނަމާދު قائم ކުރެއެވެ. އަދި އެމީހުން ޒަކާތްދެއެވެ. އަދި އެމީހުން ﷲ އަށާއި އެކަލާނގެ رسول އާ އަށް ކިޔަމަންތެރިވެއެވެ. އެމީހުންނަށް ނިކަންހުރެ ﷲ رحمة ލައްވާނެއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
9:72
وَعَدَ ٱللَّهُ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَمَسَـٰكِنَ طَيِّبَةً فِى جَنَّـٰتِ عَدْنٍ ۚ وَرِضْوَٰنٌ مِّنَ ٱللَّهِ أَكْبَرُ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
Waʻadal laahul Muʹ-mineena wal-Muʹminaati Jannaatiñ tajree miñ taḥtihal ʹanhaaru khaalideena feehaa wa-masaakina ṭayyibatañ fee Jannaati ʻAdn. Wa-Riḍwaanum minal laahi ʹakbar: ẓaalika huwal fawzul ʻaz̤̣eem.
އަދި مؤمن ފިރިހެނުންނަށާއި އަދި مؤمن އަންހެނުންނަށް އެތަންތާނގެ ދަށުން އާރުތައް ދެމޭ ސުވަރުގެތައް (قيامة ދުވަހުން) ދެއްވާނެކަމުގައި ﷲ وعد ކުރެއްވިއެވެ. އެތަންތާ އެމީހުން ދެމިތިބޭހުއްޓެވެ. އަދި قائم ވެ ދެމިތިބޭ ސުވަރުގެތަކުގައި ރަނގަޅުވެގެންވާ މަންޒިލްތަކާއި ތިބޭނެ ރަނގަޅު ތަންތަން ހުރިކަމާއި އަދި އެހުރިހާ ކަމަކަށްވުރެ މާތްވެގެންވާ އަދި ބޮޑުވެގެންވާ ކަމެއްކަމުގައިވާ ﷲ ގެ ރުއްސެވުންވެސް އެމީހުންނަށް ހުރިކަމަށް ﷲ އެމީހުންނަށް وعد ކުރެއްވިއެވެ. ބޮޑުވެގެންވާ نصيب އަކީ އެއީއެވެ.
-
9:73
يَـٰٓأَيُّهَا ٱلنَّبِىُّ جَـٰهِدِ ٱلْكُفَّارَ وَٱلْمُنَـٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ
Yaaaʹayyuhan Nabiyyu jaahidil kuffaara wal-Munaafiq̣eena wag̣luz̤̣ ʻalayhim. Wa-maʹwaahum Jahannam: wa-biʹsal maṣeer.
އޭ نبي ކަލޭގެފާނެވެ! ކާފަރުންނާއި އަދި منافق ންނާއި އިދިކޮޅަށް جهاد ކުރައްވާށެވެ! އަދި އެމީހުންގެ މައްޗަށް ހަރުކަށިވެވަޑައިގަންނަވާށެވެ! އެމީހުންގެ ޖާގަޔަކީ (قيامة ދުވަހުން) ނަރަކައެވެ. އެއީ އެނބުރިގޮސް ތިބުމަށް ނުބައިވެގެންވާ ތަނެކެވެ.
-
9:74
يَحْلِفُونَ بِٱللَّهِ مَا قَالُوا۟ وَلَقَدْ قَالُوا۟ كَلِمَةَ ٱلْكُفْرِ وَكَفَرُوا۟ بَعْدَ إِسْلَـٰمِهِمْ وَهَمُّوا۟ بِمَا لَمْ يَنَالُوا۟ ۚ وَمَا نَقَمُوٓا۟ إِلَّآ أَنْ أَغْنَىٰهُمُ ٱللَّهُ وَرَسُولُهُۥ مِن فَضْلِهِۦ ۚ فَإِن يَتُوبُوا۟ يَكُ خَيْرًا لَّهُمْ ۖ وَإِن يَتَوَلَّوْا۟ يُعَذِّبْهُمُ ٱللَّهُ عَذَابًا أَلِيمًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَمَا لَهُمْ فِى ٱلْأَرْضِ مِن وَلِىٍّ وَلَا نَصِيرٍ
Yaḥlifoona billaahi maa- q̣aaloo. Wa-laq̣ad q̣aaloo kalimatal kufri wa-kafaroo baʻda ʹIslaamihim wa-hammoo bimaa lam yanaaloo: wa-maa naq̣amooo ʹillaaa ʹan ʹag̣naahumul laahu wa-Rasooluhoo miñ faḍlih! Faʹiñy yatooboo yaku khayral lahum; wa-ʹiñy yatawal-law yuʻaẓẓibhumul laahu ʻaẓaaban ʻaleemañ fid dunyaa wal-ʹAakhirah; wa-maa lahum fil ʹarḍi miñw waliyyiñw walaa naṣeer.
އެމީހުން ﷲ ގަންދީ ހުވައިކޮށްފާ އެ كلمة ނުބުނާކަމަށް (އެބަހީ: كُفْرُ ގެ كلمة ނުބުނާކަމަށް) ބުންޏެވެ. އަދި ހަމަކަށަވަރުން އެމީހުން كُفْرُ ގެ كلمة ބުންޏެވެ. އެމީހުންގެ إسلام ކަމަށްފަހު އެމީހުން ކާފަރުވީއެވެ. އަދި އެމީހުންނަށް ނުވެވުނު ކަންތައް އެމީހުން ކުރަން ގަސްތުކުރިއެވެ. އަދި ﷲ ގެ فضل ވަންތަކަމުން ﷲ އާއި އެކަލާނގެ رسول އާ އެމީހުން މުއްސަނދި ކުރެއްވުމަށްފަހުގައި މެނުވީ އެމީހުން އިންކާރުކޮށް ނުރުހުންވީކަމުގައި ނުވެއެވެ. ފަހެ އެމީހުން توبة ވާނެނަމަ އެކަން އެމީހުންނަށް ހެޔޮވެގެންވެއެވެ. އަދި އެމީހުން އީމާންނުވެ އެނބުރި ފުރަގަސްދޭނަމަ ﷲ تعالى ދުނިޔެއާއި آخرة ގައިވެސް އެމީހުންނަށް ވޭންދެނިވި عذاب އެއް ދެއްވާނެއެވެ. އަދި ބިންމަތީގައި އެމީހުންނަށް އެއްވެސް ސަހަރޯވެރިއަކު نصر ވެރިއަކު ނުވާހުއްޓެވެ. • ދަންނައެވެ! މި كُفْرُ ގެ ބަސްބުނި މީހުންނަކީ منافق ންގެ ބައެކެވެ. އެމީހުން ބުނިބަހަކީ (إنْ كَانَ مَا جَاء بِهِ مُحَمَّدٌ حَقًّا لَنَحْنُ أَشَرُّ مِنَ اْلحَمِيْر) މާނައީ: محمّد ގެފާނު އެގެންނެވި ކަންތައް އެއީ حقّ އެއް ކަމުގައިވަންޏާ ހަމަކަށަވަރުން އަހުރެމެން حِمَار އަށްވުރެ ނުބައެވެ. މިއެވެ. އަދި އެމީހުންނަށް ނުވިކަމެއް އެމީހުން قصد ކުރިކަމަކީ رسول ﷲ ﷺ - قتل ކުރުމެވެ. - އަދި މިނޫންގޮތްގޮތަށްވެސް މިއާޔަތުގެ تفسير ގައި بيان ކޮށްފައިވެއެވެ. والله أعلم بالصّواب.
-
9:75
۞ وَمِنْهُم مَّنْ عَـٰهَدَ ٱللَّهَ لَئِنْ ءَاتَىٰنَا مِن فَضْلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّـٰلِحِينَ
Wa-minhum man ʻaahadal laaha laʹin ʹaataanaa miñ faḍlihee lanaṣṣaddaq̣anna wa-lanakoonanna minaṣ Ṣaaliḥeen.
އަދި އެމީހުންގެތެރޭގައި - އެބަހީ: އެ منافق ންގެތެރޭގައި ﷲ އާއި عهد ކުރި މީހުންވެއެވެ. (އެ عهد އަކީ) އެކަލާނގެ فضل ވަންތަކަމުން އަހުރެމެންނަށް (މުދާދެއްވާ ތަނަވަސްކަން) ދެއްވައިފިއްޔާ ހަމަކަށަވަރުން އަހުރެމެން صدقاة ދޭހުށީމެވެ. އަދި ހަމަކަށަވަރުން صالح މާތްމީހުންގެތެރެއިން އަހުރެމެންވާ ހުށީމެވެ. (އެމީހަކީ ثَعْلَبَة بن حَاطِب الأنْصَارى ކަމުގައި ބުނެވުނެވެ. = - نفسير طبري -)
-
9:76
فَلَمَّآ ءَاتَىٰهُم مِّن فَضْلِهِۦ بَخِلُوا۟ بِهِۦ وَتَوَلَّوا۟ وَّهُم مُّعْرِضُونَ
Falammaaa ʹaataahum miñ faḍlihee bakhiloo bihee wa-tawallaw wahum muʻriḍoon.
ދެންފަހެ އެކަލާނގެ فضل ވަންތަކަމުން އެމީހުންނަށް (މުދަލާއި ތަނަވަސްކަން) ދެއްވިހިނދުން އެމީހުން އެ فضل ވަންތަކަމަށް بَخِيْلُ ވެ ދަހިވެތިވެގެންފިއެވެ. އަދި ﷲ ގެ عهد އަށް ފުރަގަސްދީފިއެވެ.
-
9:77
فَأَعْقَبَهُمْ نِفَاقًا فِى قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُۥ بِمَآ أَخْلَفُوا۟ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُوا۟ يَكْذِبُونَ
Faʹaʻq̣abahum nifaaq̣añ fee q̣uloobihim ʹilaa yawmi yalq̣awnahoo bimaaa ʹakhlaful laaha maa- waʻadoohu wa-bimaa kaanoo yakẓiboon.
ދެންފަހެ ﷲ تعالى އެމީހުންގެ ހިތްތަކަށް އެޔާގުޅިގެން نفاق ކަން يعني: ދެފުށްދެގޮތްކުރުން ވައްދަވައިފިއެވެ. އެއީ އެމީހުން އެކަލާނގެއާއި ބައްދަލުވާދުވަހާއި ހަމައަށެވެ. މަރުދުވަހަށްދާންދެނެވެ. އެހެން އެވީ އެމީހުން ﷲ އާއި އެމީހުން ކުރި وعد އާއި خلاف ވުމުގެ ސަބަބުންނެވެ. އަދި އެމީހުން ބުނިބަސް ދޮގުކުރުމުގެ ސަބަބުންނެވެ.
-
9:78
أَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ سِرَّهُمْ وَنَجْوَىٰهُمْ وَأَنَّ ٱللَّهَ عَلَّـٰمُ ٱلْغُيُوبِ
ʹAlam yaʻlamooo ʹannal laaha yaʻlamu sirrahum wa-najwaahum wa-ʹannal laaha ʻAllaamul g̣uyoob.
އެމީހުންގެ އަމިއްލަ نفس ގެ ސިއްރުތަކާއި އެމީހުންގެ ސިއްރު ޖަލްސާތައްވެސް ﷲ ދެނެވޮޑިގަންނަވާކަން އެމީހުންނަށް ނޭނގެނީބާވައެވެ؟ އަދި ހަމަކަށަވަރުން ﷲ އީ غيب ތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެކަންވެސް އެމީހުންނަށް ނޭނގޭބާވައެވެ؟
-
9:79
ٱلَّذِينَ يَلْمِزُونَ ٱلْمُطَّوِّعِينَ مِنَ ٱلْمُؤْمِنِينَ فِى ٱلصَّدَقَـٰتِ وَٱلَّذِينَ لَا يَجِدُونَ إِلَّا جُهْدَهُمْ فَيَسْخَرُونَ مِنْهُمْ ۙ سَخِرَ ٱللَّهُ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ
ʹAllaẓeena yalmizoonal muṭṭawwiʻeena minal Muʹmineena fiṣ ṣadaq̣aati wallaẓeena laa- yajidoona ʹillaa juhdahum fayaskharoona minhum,― sakhiral laahu minhum: wa-lahum ʻaẓaabun ʹaleem.
صدقاة ގެ ކަންތަކުގައި އަޅުވެރި تقوى ވެރި މާތްމީހުންނާއިމެދުގައްޔާއި އަދި ތިމާމެންގެ މަސައްކަތާއި ހިތްވަރުން އެހޯދި ކުޑައެތިކޮޅު صدقاة ކުރި މީހުންނަށާއި މިމީސްމީހުންނަށް މަލާމާތްކޮށް عَيب ކީ މީހުން ދަންނައެވެ! ﷲ تعالى އެމީހުންނަށް މަލާމާތްކުރައްވާ ހުއްޓެވެ. އަދި އެމީހުންނަށް ހުންނަހުށީ ވޭންދެނިވި عذاب އެވެ.
-
9:80
ٱسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَن يَغْفِرَ ٱللَّهُ لَهُمْ ۚ ذَٰلِكَ بِأَنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ
ʹIstag̣fir lahum ʹaw laa- tastag̣fir lahum: ʹiñ tastag̣fir lahum sabʻeena marratañ falañy yag̣firal laahu lahum. Ẓaalika biʹannahum kafaroo billaahi wa-Rasoolih: wallaahu laa- yahdil q̣awmal faasiq̣een.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް - އެބަހީ އެ منافق ންނަށް - ފާފަފުއްސެވުމަށް دعاء ކުރެއްވިޔަސް ނުވަތަ ކަލޭގެފާނު އެމީހުންނަށް ފާފަފުއްސެވުމަށް دعاء ނުކުރެއްވިޔަސް، އަދި ކަލޭގެފާނު އެމީހުންނަށް ފާފަފުއްސެވުމަށް ހަތްދިހަފަހަރު دعاء ކުރެއްވިޔަސް ﷲ تعالى އެމީހުންނަށް ނުފުއްސަވާހުއްޓެވެ. އެހެން އެވީ ހަމަކަށަވަރުން އެމީހުން ﷲ އަށާއި އެކަލާނގެ رسول އާ އަށް ކާފަރުވީ ކަމެވެ. އަދި فاسق ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާ ހުއްޓެވެ.
-
9:81
فَرِحَ ٱلْمُخَلَّفُونَ بِمَقْعَدِهِمْ خِلَـٰفَ رَسُولِ ٱللَّهِ وَكَرِهُوٓا۟ أَن يُجَـٰهِدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَقَالُوا۟ لَا تَنفِرُوا۟ فِى ٱلْحَرِّ ۗ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا ۚ لَّوْ كَانُوا۟ يَفْقَهُونَ
Fariḥal mukhallafoona bimaq̣ʻadihim khilaafa Rasoolil laahi wa-karihooo ʹañy yujaahidoo biʹamwaalihim wa-ʹañfusihim fee Sabeelil laahi waq̣aaloo laa- tañfiroo fil ḥarr. Q̣ul Naaru Jahannama ʹashaddu ḥarraa: Law kaanoo yafq̣ahoon!
رسول ﷲ ﷺ ގެ އަރިހުގައި ހަނގުރާމައަށް ނުގޮސް ފަހަތަށް ޖެހުނުމީހުން އެމީހުންގެ މަންޒިލްތަކުގައި رسول ﷲ ﷺ އާއި خلاف އަށް އިށީނދެތިބުމަށް އުފާކުރިއެވެ. އަދި ﷲ ގެ މަގުގައި އެމީހުންގެ މުދަލާއި އެމީހުން ޖާނުން ހަނގުރާމަކުރުމަށް އެމީހުން ނުރުހުނެވެ. އަދި އެމީހުން ބުނީ ގަދަހޫނުގައި ހަނގުރާމައަށް ދިއުމަށް އަމުރު ނުކުރައްވާށެވެ! (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ނަރަކައިގެ އަލިފާން މާހޫނުގަދައެވެ. އެގޮތް ކަލޭމެންނަށް އެނގޭނަމައެވެ. (އެމީހުންނަށް މިހެންވިދާޅުވާށެވެ!)
-
9:82
فَلْيَضْحَكُوا۟ قَلِيلًا وَلْيَبْكُوا۟ كَثِيرًا جَزَآءًۢ بِمَا كَانُوا۟ يَكْسِبُونَ
Falyaḍḥakoo q̣aleelañw walyabkoo kas̤eeraa: jazaaaʹam bimaa kaanoo yaksiboon.
ފަހެ އެމީހުން މަދުން ހޭހުށިކަމެވެ! (އެބަހީ: رسول ﷲ ﷺ އާއި خلاف އަށް ހަނގުރާމައަށް ނުގޮސްތިބެ އުފާކޮށް ހީނުހަދާށެވެ!) އަދި އެމީހުން އެހޯދައިގަތް ފާފައިގެ ސަބަބުން އެމީހުން ގިނަގިނައިން ރޯހުރިކަމެވެ!
-
9:83
فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٍ مِّنْهُمْ فَٱسْتَـْٔذَنُوكَ لِلْخُرُوجِ فَقُل لَّن تَخْرُجُوا۟ مَعِىَ أَبَدًا وَلَن تُقَـٰتِلُوا۟ مَعِىَ عَدُوًّا ۖ إِنَّكُمْ رَضِيتُم بِٱلْقُعُودِ أَوَّلَ مَرَّةٍ فَٱقْعُدُوا۟ مَعَ ٱلْخَـٰلِفِينَ
Faʹir rajaʻakal laahu ʹilaa ṭaaaʹifatim minhum fastaʹẓanooka lilkhurooji faq̣ul lañ takhrujoo maʻiya ʹabadañw Walañ tuq̣aatiloo maʻiya ʻaduwwaa. ʹInnakum raḍeetum̃ bilq̣uʻoodi ʹawwala marratiñ faq̣ʻudoo maʻal khaalifeen.
(އޭ رسول ﷲ އެވެ!) ފަހެ ﷲ تعالى، އެ منافق ންގެ ކޮންމެވެސް جماعة އެއްގެ ގާތަށް ކަލޭގެފާނު އަނބުރާ ފޮނުއްވައިފިއްޔާ (އެބަހީ: ހަނގުރާމައިން އަނބުރާ ވަޑައިގަތުމަށްފަހު) އެމީހުން (ހަނގުރާމައަށް) ނުކުތުމަށް ކަލޭގެފާނުންގެ އަރިހުން އިޒުނަ އެދޭނެއެވެ. ފަހެ ކަލޭގެފާނު (އެމީހުނަށް) ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ އަރިހުގައި ދުވަހަކުވެސް ކަލޭމެން (ހަނގުރާމައަށް) ނުނިކުންނާނެއެވެ! އަދި ތިމަންކަލޭގެފާނު އަރިހުގައި ދުވަހަކުވެސް ކަލޭމެން عدوّ ންނާއި ހަނގުރާމަ ނުކުރާނެއެވެ! އެހެނީ ހަމަކަށަވަރުން ކަލޭމެން ފުރަތަމަފަހަރު (تَبُوك ހަނގުރާމައަށް ދިއުމަށް) ނުނުކުމެ ގޭގައި އިށީނދެތިބުމަށް ރުހުނީއެވެ. (ނުނުކުތީމުއެވެ.) ފަހެ ހަނގުރާމައަށް ނުގޮސް ފަހަތަށް ޖެހުނު މީހުންނާއިއެކު ކަލޭމެންވެސް (ގޭގައި) އިށީނދެ ތިބޭށެވެ.
-
9:84
وَلَا تُصَلِّ عَلَىٰٓ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِۦٓ ۖ إِنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ وَمَاتُوا۟ وَهُمْ فَـٰسِقُونَ
Wa-laa tuṣalli ʻalaaa ʹaḥadim minhum maata ʹabadañw Walaa taq̣um ʻalaa q̣abrih. ʹInnahum kafaroo billaahi wa-Rasoolihee wa-maatoo wa-hum faasiq̣oon.
(އޭ رسول ﷲ އެވެ!) އެމީހުންގެ ތެރެއިން - (އެބަހީ: އެ منافق ންގެތެރެއިން) މަރުވެއްޖެ އެކެއްގެ މައްޗަށްވެސް ކަލޭގެފާނު (ކަށު) ނަމާދު ނުކުރައްވާށެވެ! އަދި އެމީހާގެ ކަށުކަމާކެމީގެ ކަންތަކުގައި قائم ވެވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން އެމީހުން ﷲ އަށާއި އެކަލާނގެ رسول އާއަށް ކާފަރުވީއެވެ. އަދި އެމީހުން އެމަރުވީ فاسق ންކަމުގައިވާ حال ގައެވެ.
-
9:85
وَلَا تُعْجِبْكَ أَمْوَٰلُهُمْ وَأَوْلَـٰدُهُمْ ۚ إِنَّمَا يُرِيدُ ٱللَّهُ أَن يُعَذِّبَهُم بِهَا فِى ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَـٰفِرُونَ
Wa-laa tuʻjibka ʹamwaaluhum wa-ʹawlaaduhum! ʹInnamaa yureedul laahu ʹañy yuʻaẓẓibahum̃ bihaa fid dunyaa wa-tazhaq̣a ʹañfusuhum wa-hum kaafiroon.
އަދި އެމީހުންގެ މުދަލާއި ދަރީނުން ކަލޭގެފާނު عجائب ވިޔަނުދެއްވާށެވެ! ﷲ تعالى އެދިވޮޑިގަންނަވާކަން ކަށަވަރީ އެތަކެތީން އެމީހުންނަށް ދުނިޔޭގައި عذاب ދެއްވުމަށެވެ. އަދި އެމީހުން ކާފަރުންކަމުގައިވާ حال އެމީހުންގެ ފުރާނަތައް ނުކުތުމަށެވެ. (މަރުވުމަށެވެ.)
-
9:86
وَإِذَآ أُنزِلَتْ سُورَةٌ أَنْ ءَامِنُوا۟ بِٱللَّهِ وَجَـٰهِدُوا۟ مَعَ رَسُولِهِ ٱسْتَـْٔذَنَكَ أُو۟لُوا۟ ٱلطَّوْلِ مِنْهُمْ وَقَالُوا۟ ذَرْنَا نَكُن مَّعَ ٱلْقَـٰعِدِينَ
Wa-ʹiẓaaa ʹuñzilat Sooratun ʹan ʹaaminoo billaahi wa-jaahidoo maʻa Rasoolihis taʹẓanaka ʹuluṭ ṭawli minhum wa-q̣aaloo ẓarnaa nakum maʻal q̣aaʻideen.
އަދި ﷲ އަށް އީމާންވުމަށާއި އެކަލާނގެ رسول އާގެ އަރިހުގައި جهاد ކުރުމަށް (أمر ކުރާ) ސޫރަތެއް ބާވައިލައްވައިފިއްޔާ އެމީހުންގެތެރޭގައިވާ ފައިސާވެރި މުއްސަނދި ފޯރުންތެރިން (ހަނގުރާމައަށް ނުގޮސްތިބުމަށް) ކަލޭގެފާނުންގެ އަރިހުން އިޒުނަ އެދޭނެއެވެ. އަދި އެމީހުން ބުނާނެއެވެ. (ހަނގުރާމައަށް ނުގޮސް) އިށީނދެތިބޭ މީހުނާއެކު ގޭގައިތިބޭ މީހުނާއެކު އަހުރެމެންވެސް ތިބުމަށް ދޫކޮށްލައްވާށެވެ!
-
9:87
رَضُوا۟ بِأَن يَكُونُوا۟ مَعَ ٱلْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ
Raḍoo biʹañy yakoonoo maʻal khawaalifi waṭubiʻa ʻalaa q̣uloobihim fahum laa- yafq̣ahoon.
(ހަނގުރާމައަށް ނުގޮސް) ފަސްވެފައިތިބޭ މީހުންނާއިއެކު ތިބުމަށް އެމީހުން ރުހުނީއެވެ. އަދި އެމީހުންގެ ހިތްތަކުގައި ސިއްކަޖެހުނީއެވެ. ފަހެ ދެން އެމީހުނަކަށް ނުވިސްނޭނެއެވެ.
-
9:88
لَـٰكِنِ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ جَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۚ وَأُو۟لَـٰٓئِكَ لَهُمُ ٱلْخَيْرَٰتُ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ
Laakinir Rasoolu wal-laẓeena ʹaamanoo maʻahoo jaahadoo biʹamwaalihim wa-ʹañfusihim. Wa-ʹulaaaʹika lahumul khayraat: wa-ʹulaaaʹika humul Mufliḥoon.
އެހެނެއްކަމަކު رسول އާއި އެކަލޭގެފާނުންގެ އަރިހުގައި އީމާންވެގެންވާ މީހުން - އެބޭކަލުންގެ މުދަލާއި ޖާނުން އެބޭކަލުން جهاد ކުރެއްވިއެވެ. ފަހެ އެބޭކަލުންނަށް ހުރީ ހަމަ ހެވެވެ. އަދި އެބޭކަލުން އެއީ ކަނޑައެޅިގެން ކާމިޔާބުވެ ނަސީބު ލިބިގެންވާ ބޭކަލުންނެވެ.
-
9:89
أَعَدَّ ٱللَّهُ لَهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
ʹAʻaddal laahu Lahum Jannaatiñ tajree miñ taḥtihal ʹanhaaru khaalideena feehaa: ẓaalikal fawzul ʻaz̤̣eem.
ﷲ تعالى އެބޭކަލުންނަށް - އެތަންތާނގެ ދަށުން އާރުތައް ދެމިދެމި އޮންނަ ބަގީޗާތަކެއް - ސުވަރުގެތަކެއް ތައްޔާރު ކުރެއްވިއެވެ. އެތަންތާ އެބޭކަލުން ދެމިތިއްބަވާނެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.
-
9:90
وَجَآءَ ٱلْمُعَذِّرُونَ مِنَ ٱلْأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ ٱلَّذِينَ كَذَبُوا۟ ٱللَّهَ وَرَسُولَهُۥ ۚ سَيُصِيبُ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ
Wa-jaaaʹal muʻaẓẓiroona minal ʹAʻraabi liyuʹẓana lahum wa-q̣aʻadal laẓeena kaẓabul laaha wa-Rasoolah. Sayuṣeebul laẓeena kafaroo minhum ʻaẓaabun ʹaleem.
ދުރުރަށްރަށުގައި - އެބަހީ بَادِيِة ގައި އުޅޭ މީހުން يعني: أعراب ން (އެމީހުން ހަނގުރާމައަށް ނުގޮސްތިބުމަށް) އެމީހުންނަށް އެކަލޭގެފާނު - އެބަހީ رسول ﷲ ﷺ އިޒުނަދެއްވައިތޯ عذر ތައް ދައްކާމީހުންގަނޑު އަތުވެއްޖެއެވެ. (އެއީ تَبُوك ހަނގުރާމައަށް ނުދާންވެގެންނެވެ.) އަދި ﷲ އާއި رسول އާ ދޮގުކުރިމީހުން - يعني: ﷲ އާއި އެކަލާނގެ رسول އާ އަށް ދޮގުހެދިމީހުން (ދޮގު عذر ދެއްކި މީހުން) ދަންނައެވެ! އެމީހުން ހަނގުރާމައަށް ނުގޮސްތިބީއެވެ. އެމީހުންގެތެރެއިން ކާފަރުވެއްޖެ މީހުންނަށް ނިކަންހުރެ ވޭންދެނިވި عذاب އެއް ޖެހޭހުއްޓެވެ.
-
9:91
لَّيْسَ عَلَى ٱلضُّعَفَآءِ وَلَا عَلَى ٱلْمَرْضَىٰ وَلَا عَلَى ٱلَّذِينَ لَا يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُوا۟ لِلَّهِ وَرَسُولِهِۦ ۚ مَا عَلَى ٱلْمُحْسِنِينَ مِن سَبِيلٍ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
Laysa ʻalaḍ ḍuʻafaaaʹi wa-laa ʻalal marḍaa wa-laa ʻalal laẓeena laa- yajidoona maa- yuñfiq̣oona ḥarajun ʹiẓaa naṣaḥoo lillaahi wa-Rasoolih: maa- ʻalal Muḥsineena miñ sabeel: wallaahu G̣afoorur Raḥeem.
ضَعِيْفُ ންގެ މައްޗަކަށް ނުވެއެވެ. އެބަހީ: ބަލިކަށި ވަރުދެރަމީހުންގެމައްޗަކަށް ކުށެއްނެތެވެ. އަދި ބަލިމީހުންގެ މައްޗަކަށްވިޔަސް އަދި ތިމާމެން خرد ކުރާނޭ އެއްޗެއް ނުލިބުނު މީހުންގެ މައްޗަށްވިޔަސް އެމީހުން ﷲ އާއި އެކަލާނގެ رسول އާއަށް إخلاص ތެރިވެގެންވަންޏާ (ހަނގުރާމައަށް ނުދިއުމަކުން) އެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އެއީ عذر ވެރިންނެވެ. ﷲ އަށާއި އެކަލާނގެ رسول އާއަށް إخلاص ތެރިވެގެންވަންޏާ إحسان ތެރިންނަށް عقوبة ދެއްވުމުގެ އެއްވެސް މަގެއް ނެތެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
9:92
وَلَا عَلَى ٱلَّذِينَ إِذَا مَآ أَتَوْكَ لِتَحْمِلَهُمْ قُلْتَ لَآ أَجِدُ مَآ أَحْمِلُكُمْ عَلَيْهِ تَوَلَّوا۟ وَّأَعْيُنُهُمْ تَفِيضُ مِنَ ٱلدَّمْعِ حَزَنًا أَلَّا يَجِدُوا۟ مَا يُنفِقُونَ
Wa-laa ʻalal laẓeena ʹiẓaa maaa ʹatawka litaḥmilahum q̣ulta laaa ʹajidu maaa ʹaḥmilukum ʻalayhi tawallaw waʹaʻyunuhum tafeeḍu minad damʻi ḥazanan ʹallaa yajidoo maa- yuñfiq̣oon.
އަދި އެބަޔަކު (އަރައިގެންދާނޭ ސަވާރިއެއް ނެތިގެން) ކަލޭގެފާނުންގެ އަރިހަށް އައިސް އެމީހުން އުފުލައިދެއްވާ (ގެންގޮސްދެއްވުމަށް) އެދި ދެންނެވީމާ، ކަލޭމެން އުފުލައިގެން ގެންގޮސްދޭނޭ ސަވާރީއެއް ތިމަންކަލޭގެފާނުންގެ އަރިހުގައި ނެތޭ ވިދާޅުވުމުން އެމީހުން ހޭދަކުރާނޭ އެއްޗެއް ނެތިގެން އެކަމާ ހިތާމައިން އަނބުރާ ދިޔައިރު އެމީހުންގެ ލޯތަކުން ކަރުނަ އޮހޮރޭ حال ދިޔަމީހުންގެ މައްޗަކަށްވެސް ކުށެއްނެތެވެ. (އެއީވެސް عذر ވެރިބައެކެވެ.)