-
1
يَسْـَٔلُونَكَ عَنِ ٱلْأَنفَالِ ۖ قُلِ ٱلْأَنفَالُ لِلَّهِ وَٱلرَّسُولِ ۖ فَٱتَّقُوا۟ ٱللَّهَ وَأَصْلِحُوا۟ ذَاتَ بَيْنِكُمْ ۖ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥٓ إِن كُنتُم مُّؤْمِنِينَ
Yasʹaloonaka ʻanil ʹAÑ-FAAL. Q̣ulil ʹAñfaalu lillaahi war-Rasool: Fattaq̣ul laaha wa-ʹaṣliḥoo ẓaata baynikum: wa-ʹaṭeeʻul laaha wa-Rasoolahooo ʹiñ kuñtum Muʹmineen.
(އޭ رسول ﷲ އެވެ!) أنْفَال އާއިމެދު އެބަހީ عنيمة މުދަލާއިމެދު އެމީހުން يعني: أَصْحَابُ ބޭކަލުން ކަލޭގެފާނާއި ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! أَنْفَال ހުންނާނީ ﷲ އާއި އެކަލާނގެ رسول އާ އަށެވެ. (އެބަހީ: އެދެފަރާތުން އެންގެވިފަދައަކުން عنيمة މުދަލާއިމެދު عمل ކުރެވޭނެއެވެ.) ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެކަލާނގެއަށް ބިރުވެތިވާށެވެ! އަދި ކަލޭމެންގެ ދޭދޭ ދެމެދު إصلاح ކޮށް ރަނގަޅު ކުރާށެވެ! އަދި ﷲ އަށާއި އެކަލާނގެ رسول އާއަށް ކަލޭމެން ކިޔަމަންތެރިވާށެވެ! އެއީ ކަލޭމެންނީ مؤمن ންކަމުގައި ވަންޏާއެވެ. (އެބަހީ: ކަލޭމެންނީ مؤمن ންކަމުގައިވަންޏާ ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އަށް ކިޔަމަންތެރިވާށެވެ.)\n• ދަންނައެވެ! أَنْفَال މި لفظ ގެ މުރާދަކާމެދު مفسّر ންގެބަސް ތަފާތުވެގެންވެއެވެ. އޭގެތެރެއިން އެންމެ ގިނަބޭކަލުން ބުރަވެލައްވާގޮތް މަތީގައި ލިޔެވިގެން މިވަނީއެވެ. والله أعلم.
-
2
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَـٰتُهُۥ زَادَتْهُمْ إِيمَـٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
ʹInnamal Muʹminoonal laẓeena ʹizaa ẓukiral laahu wajilat q̣uloobuhum wa-ʹiẓaa tuliyat ʻalayhim ʹAayaatuhoo zaadathum ʹeemaanañw Waʻalaa Rabbihim yatawakkaloon;
ކަނޑައެޅިގެންވާ (حقيقى) مؤمن ންނަކީ އެމީހުންނަށް ﷲ ހަނދާންކުރެވިއްޖެއްޔާ - ﷲ ގެ ذِكر ކުރެވިއްޖެއްޔާ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ މީހުންނެވެ. އަދި އެމީހުންގެ މައްޗަށް ﷲ ގެ އާޔަތްތައް ކިޔެވިއްޖެއްޔާ އެއާޔަތްތަކުން އެމީހުންގެ إيمان ކަން އިތުރުކޮށްދޭ މީހުންނެވެ. (އެބަހީ: އެއާޔަތްތަކުގެ މާނައިގެ ސަބަބުން އެމީހުންގެ އީމާންކަން އިތުރަށް ތާޒާކޮށްދީ ގިނަކޮށްދެއެވެ.) އަދި އެމީހުންނަކީ ހަމަކަނޑައެޅިގެން އެމީހުންގެ رَبّ އަށް وكيل ކުރާމީހުންނެވެ.
-
3
ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ
ʹAllaẓeena yuq̣eemoonaṣ Ṣalaata wa-mimmaa razaq̣naahum yuñfiq̣oon:
އަދި އެމީހުންނަކީ ނަމާދު قائم ކުރާ މީހުންނެވެ. އަދި އެއީ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒުޤުން ހޭދަކުރާމީހުންނެވެ. ޒަކާތްދޭ މީހުންނެވެ.
-
4
أُو۟لَـٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَـٰتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ
ʹUlaaaʹika humul Muʹminoona ḥaq̣q̣aa; lahum darajaatun ʻiñda Rabbihim wa-mag̣firatuñw warizq̣uñ kareem.
އެމީހުން ދަންނައެވެ! އެމީހުން އެއީ ކަނޑައެޅިގެން حقّ ގޮތުގައިވާ مؤمن ންނެވެ. އެމީހުންގެ رَبّ ގެ حضرة ގައި އެމީހުންނަށް (މަތިވެރި) ދަރަޖަތަކެއް ވެއެވެ. އަދި ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުޤުއެމީހުންނަށްވެއެވެ.
-
5
كَمَآ أَخْرَجَكَ رَبُّكَ مِنۢ بَيْتِكَ بِٱلْحَقِّ وَإِنَّ فَرِيقًا مِّنَ ٱلْمُؤْمِنِينَ لَكَـٰرِهُونَ
Kamaaa ʹakhrajaka Rabbuka mim baytika bilḥaq̣q̣i wa-ʹinna fareeq̣am minal Muʹmineena lakaarihoon,
(އޭ رسول ﷲ އެވެ!) ހަމަ حقّ ގޮތުގައި ކަލޭގެފާނުންގެ رَبّ ކަލޭގެފާނުންގެ ގެއިން ނެރުއްވިފަދައިން مؤمن ންގެ ބައެއްމީހުން ހަނގުރާމައަށް ނުރުހުން ކަމުގައިވިއެވެ. މިއީ بَدْر ހަނގުރާމައެވެ.
-
6
يُجَـٰدِلُونَكَ فِى ٱلْحَقِّ بَعْدَ مَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى ٱلْمَوْتِ وَهُمْ يَنظُرُونَ
Yujaadiloonaka fil Ḥaq̣q̣i baʻdamaa- tabayyana kaʹannamaa yusaaq̣oona ʹilal mawti wa-hum yañz̤̣uroon.
حقّ އާއިމެދު (އެބަހީ بَدْرُ ހަނގުރާމަޔާމެދު) އެމީހުން ކަލޭގެފާނާ جَدَل ކުރައްވައެވެ. (އެމީހުން ކުރެއްވި جَدَل އެއްކަމުގައި تفسير علم ވެރިންނާއި سِيرَة عِلْمُ ވެރިންގެ މެދުގައި ބަޔާންވެގެންވަނީ އެކަލޭގެފާނު مَدينة އިން ނުކުމެވަޑައިގެންނެވިއިރު ހަނގުރާމައަށް ނުކުމެވަޑައިގަންނަވާ ވާހަކަ ވިދާޅު ނުވެގެންނެވެ. އޭގެ ސަބަބުން ހަނގުރާމައަކަށް ތައްޔާރުވާންވީ ވަރަށް ތައްޔާރު ނުވެވިގެންނެވެ. ހަތިޔާރާ ކާނާ އެދެވޭ ވަރަށް ނުގެނެވިގެންނެވެ. مدينة އިން ނުކުމެވަޑައިގެންނެވީ أبُوسُفِيَان ގެ ވިޔަފާރި قَافِلَة އަށް ދިމާކުރުމަށެވެ.) ނަމަވެސް އެކަލޭގެފާނު ﷲ أمر ކުރެއްވިކަމެއް މެނުވީ ނުކުރައްވާނެކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. (ހަނގުރާމައިގެ ވާހަކަ ވިދާޅުވީމާ) އެމީހުންނަށް ހީވީ އެމީހުން ބަލަބަލާ ތިއްބާ މަރާދިމާއަށް އެމީހުން ދަމާފައި ގެންދަނީހެންނެވެ.
-
7
وَإِذْ يَعِدُكُمُ ٱللَّهُ إِحْدَى ٱلطَّآئِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ ٱلشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ ٱللَّهُ أَن يُحِقَّ ٱلْحَقَّ بِكَلِمَـٰتِهِۦ وَيَقْطَعَ دَابِرَ ٱلْكَـٰفِرِينَ
Wa-ʹiẓ yaʻidukumul laahu ʹiḥdaṭ ṭaaaʹifatayni ʹannahaa lakum wa-tawaddoona ʹanna g̣ayra ẓaatish shawkati takoonu lakum wa-yureedul laahu ʹañy yuḥiq̣q̣al Ḥaq̣q̣a bi-Kalimaatihee wa-yaq̣ṭaʻa daabiral kaafireen;―
ﷲ تعالى ކަލޭމެން (مؤمن ން) ނަށް ދެ جماعة ންކުރެ އެއް جماعة އެއް ދެއްވާނެކަމަށް وَعْدُ ކުރެއްވި ހިނދުން ކަލޭމެން ލޯބިކުރީ އެދެ جماعة ންކުރެ އެއްވެސް عزّة އެއް قدر އެއް ނެތް جماعة ކަލޭމެނަށް އޮތުމަށެވެ. އަދި އެކަމަކު ﷲ تعالى އެދިވޮޑިގަންނަވަނީ އެކަލާނގެ أمر ފުޅާއި ބަސްފުޅުންވެސް حقّ ފައުޅުކުރެއްވުމަށެވެ. إسلام ދީން ފައުޅުކުރެއްވުމަށެވެ. އަދި ކާފަރުންގެ ބުރިކަށިތައް ކަނޑައިލުމަށެވެ. توحيد އާއި އިދިކޮޅު މީހުންތައް ނެތިކުރެއްވުމަށެވެ. • ދަންނައެވެ. މިތާ މިސިފަވެވޭ ދެ جماعة އަކީ أَبُوسُفِيَان ގެ ވިޔަފާރި قافلة އާއި އެ قافلة ސަލާމަތް ކުރުމަށް مكّة އިން ނުކުތް ކާފަރުންގެ جماعة އެވެ. މި ދެ جماعة ންކުރެ އެއް جماعة مؤمن ންނަށް ދެއްވާނެކަމުގައި ﷲ وعد ކުރެއްވިހިނދުން مؤمن ންނަށް އެދެވުނީ ވިޔަފާރި قافلة ލިބުމަށެވެ. އެއީ އެއްވެސް عزّة އެއް ބާރެއްނެތް قافلة އެވެ. އެއީ ހަމަ އެކަނި ދުނިޔޭގެ މަޖާކޮޅެކެވެ. ނަމަވެސް ﷲ އެދިވޮޑިގެންނެވީ مؤمن ންގެ އަތްމަތިން إسلام دين عزّة ތެރިކުރެއްވުމަށެވެ. مكّة ގެ ކާފަރުންގެ ބޮޑެތި މީހުންނާ ހަނގުރާމަވެވި އެމީހުން ބަލިވެ ދިއުމަށެވެ. بَدْر ގައި އެހަނގުރާމަ ހިނގައި އެކަން އެކަލާނގެ އެދިވޮޑިގެންނެވިގޮތަށް ދިޔައީއެވެ. والله أعلم.
-
8
لِيُحِقَّ ٱلْحَقَّ وَيُبْطِلَ ٱلْبَـٰطِلَ وَلَوْ كَرِهَ ٱلْمُجْرِمُونَ
Liyuḥiq̣q̣al Ḥaq̣q̣a wa-yubṭilal Baaṭila wa-law karihal mujrimoon.
(އަދި އެކަލާނގެ އެދިވޮޑިގަންނަވަނީ) حقّ ފައުޅުކުރައްވައި تحقيق ކުރެއްވުމަށެވެ. އަދި باطل، باطل ކުރެއްވުމަށެވެ. ކަނޑައެޅިގެން އަޅުކަން ﷲ އަށް އެކަނި خلاص ކުރެއްވުމަށާއި ބުދަށް އަޅުކަން ކުރުން باطل ކުރެއްވުމަށެވެ. ނުބައި ނުލަފާ مُجرم ން ނުރުހި ތިބިނަމަވެސްމެއެވެ.
-
9
إِذْ تَسْتَغِيثُونَ رَبَّكُمْ فَٱسْتَجَابَ لَكُمْ أَنِّى مُمِدُّكُم بِأَلْفٍ مِّنَ ٱلْمَلَـٰٓئِكَةِ مُرْدِفِينَ
ʹIẓ tastag̣ees̤oona Rabbakum fastajaaba lakum ʹannee mumiddukum̃ biʹalfim minal malaaaʹikati murdifeen.
(އޭ مؤمن ންނޭވެ!) ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ގައި (عدواة ތެރިންމައްޗަށް) نصر އާއި ސަލާމަތަށް އެދި دعاء ދެންނެވިހިނދުން، އެކަލާނގެ ކަލޭމެނަށް دعاء އިޖާބަކުރެއްވިއެވެ. (އެކަލާނގެ وحي ކުރެއްވިއެވެ.) އެއްބޭކަލަކަށްފަހު އަނެއް ބޭކަލަކު ވިދިވިދިގެން ވަޑައިގަންނަވާނޭ އެއްހާސް މަލާއިކަތް ބޭކަލުން ކަލޭމެނަށް އެހީވުމަށް ފޮނުއްވައިގެން މަދަދު ކުރައްވާހުށީމެވެ.
-
10
وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ وَلِتَطْمَئِنَّ بِهِۦ قُلُوبُكُمْ ۚ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
Wa-maa jaʻalahul laahu ʹillaa bushraa wa-litaṭmaʹinna bihee q̣uloobukum. Wa-man naṣru ʹillaa min ʻiñdil laah: ʹinnal laaha ʻAzeezun Ḥakeem.
އަދި އެކަން އެއީ އެބަހީ މަލާއިކަތްބޭކަލުން ފޮނުއްވުން އެއީ - އުފާވެރިކަމެއް ކަމުގައި މެނުވީ ނުވެއެވެ. އަދި އެއީ ކަލޭމެންގެ ހިތްތަކަށްވާ ހަމަޖެހުމެކެވެ. ނަމަވެސް نصر ލިބުން ﷲ ގެ حضرة ން މެނުވީ ނުވެއެވެ. ހަމަކަށަވަރުން ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
11
إِذْ يُغَشِّيكُمُ ٱلنُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّنَ ٱلسَّمَآءِ مَآءً لِّيُطَهِّرَكُم بِهِۦ وَيُذْهِبَ عَنكُمْ رِجْزَ ٱلشَّيْطَـٰنِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ ٱلْأَقْدَامَ
ʹIẓ yug̣ashsheekumun nuʻaasa ʹamanatam minhu wa-yunazzilu ʻalaykum minas samaaaʹi maaaʹal liyuṭahhirakum̃ bihee wa-yuẓhiba ʻañkum rijzash Shayṭaani wa-liyarbiṭa ʻalaa q̣uloobikum wa-yus̤abbita bihil ʹaq̣daam.
އަދި އެކަލާނގެ حضرة ންވާ އަމާންކަމެއްގެގޮތުން ނިދި އެކަލާނގެ ކަލޭމެން ނިވައިކުރެއްވިއެވެ. އެބަހީ: އެކަލާނގެ ކަލޭމެން ނިންދެވިއެވެ. އަދި އެއިން ކަލޭމެން طاهر ވެގަތުމަށްޓަކައި އުޑުން އެކަލާނގެ ކަލޭމެންގެ މައްޗަށް ފެންބާވައިލެއްވިއެވެ. އަދި އެއީ شيطان އާގެ ހަޑިމުޑުދާރު ވަސްވާސްތައް ކަލޭމެންގެ ކިބައިން ގެންދެވުމަށެވެ. އަދި އެއީ ކަލޭމެންގެ ހިތްތައް އެކުވެރިކުރައްވާ އެކަތިގަނޑަކަށް ހައްދަވާ ގަދަކުރެއްވުމަށެވެ. އަދި އޭގެ ސަބަބުން އެކަލާނގެ ކަލޭމެންގެ ފައިތިލަތައް ސާބިތުކުރެއްވުމަށެވެ.
-
12
إِذْ يُوحِى رَبُّكَ إِلَى ٱلْمَلَـٰٓئِكَةِ أَنِّى مَعَكُمْ فَثَبِّتُوا۟ ٱلَّذِينَ ءَامَنُوا۟ ۚ سَأُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ فَٱضْرِبُوا۟ فَوْقَ ٱلْأَعْنَاقِ وَٱضْرِبُوا۟ مِنْهُمْ كُلَّ بَنَانٍ
ʹIẓ yooḥee Rabbuka ʹilal malaaaʹikati ʹannee maʻakum fas̤abbitul laẓeena ʹaamanoo. Saʹulq̣ee fee q̣uloobil laẓeena kafarur ruʻba faḍriboo fawq̣al ʹaʻnaaq̣i waḍriboo minhum kulla banaan.
އަދި ކަލޭގެފާނުންގެ ربّ މަލާއިކަތްބޭކަލުންނަށް وحي ކުރެއްވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލާނގެ އެބޭކަލުންނަށް وحي ކުރެއްވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނާއިއެކު ވޮޑިގެންވަމެވެ. ފަހެ إيمان ވެގެންވާ މީސްތަކުން ސާބިތުކުރައްވާށެވެ! (އެމީހުންގެ عزم ތައް ގަދަކޮށްދެއްވައިއެމީހުންގެ ނިޔަތްތައް صحّ ކުރައްވާށެވެ! އަދި އެމީހުންނަށް نصر ދެއްވާށެވެ!) ކާފަރުވީ މީސްތަކުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާ ހުރީމެވެ. ފަހެ ތިޔަބޭކަލުން (ނުވަތަ مؤمن ން) އެކާފަރުންގެ ކަނދުރާތަކުގައި ތަޅާށެވެ! އަދި އެމީހުންގެ ކޮންމެ ހުޅެއްގައި ނުވަތަ އިނގިލިކޮޅެއްގައި ތަޅާށެވެ!
-
13
ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۚ وَمَن يُشَاقِقِ ٱللَّهَ وَرَسُولَهُۥ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
Ẓaalika biʹannahum shaaaq̣q̣ul laaha wa-Rasoolah: wa-mañy yushaaq̣iq̣il laaha wa-Rasoolahoo faʹinnal laaha shadeedul ʻiq̣aab.
އެއީ - އެބަހީ އެ عذاب އެމީހުންނަށް ދޭންޖެހުނީ ހަމަކަށަވަރުން އެމީހުން ﷲ އަށާއި އެކަލާނގެ رسول އާއަށް ނުކިޔަމަންތެރިވެ އިދިކޮޅު ހެދީމައެވެ. އަދި ﷲ އަށާއި އެކަލާނގެ رسول އާއަށް ނުކިޔަމަންތެރިވެ އިދިކޮޅު ހަދައިފި ކޮންމެ މީހަކު (ދަންނައެވެ!) ހަމަކަށަވަރުން ﷲ تعالى އީ عقوبة ގަދަވެގެންވާ ކަލާނގެއެވެ.
-
14
ذَٰلِكُمْ فَذُوقُوهُ وَأَنَّ لِلْكَـٰفِرِينَ عَذَابَ ٱلنَّارِ
Ẓaalikum faẓooq̣oohu wa-ʹanna lilkaafireena ʻaẓaaban Naar.
(އަދި އޭ ކާފަރުންނޭވެ!) ކަލޭމެން (ދުނިޔޭގައި) މި عذاب ގެ ރަހަ ލިބިގަންނާށެވެ! އަދި ހަމަކަށަވަރުން آخرة ގައި ކާފަރުންނަށް ހުރީ އަލިފާނުގެ عذاب އެވެ. ނަރަކައިގެ عذاب އެވެ. (މިއާޔަތްތަކުން މިއިޝާރަތްވެގެންވަނީ ބަދުރު ހަނގުރާމައެވެ.)
-
15
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ زَحْفًا فَلَا تُوَلُّوهُمُ ٱلْأَدْبَارَ
Yaaaʹayyuhal laẓeena ʹaamanooo ʹiẓaa laq̣eetumul laẓeena kafaroo zaḥfañ falaa tuwalloohumul ʹadbaar.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފަރުންގެ لشكر ގައިގޯޅިވެ ބޮނޑިވެގެންވާ حال ކަލޭމެންނާއި ބައްދަލުވެއްޖެއްޔާ ކަލޭމެން އެމީހުންނަށް ފުރަގަސް ނުދޭށެވެ! (އެބަހީ: އެމީހުންނާ ދިމާކޮށް ހަނގުރާމަކުރާށެވެ!)
-
16
وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُۥٓ إِلَّا مُتَحَرِّفًا لِّقِتَالٍ أَوْ مُتَحَيِّزًا إِلَىٰ فِئَةٍ فَقَدْ بَآءَ بِغَضَبٍ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ
Wa-mañy yuwallihim yawmaʹiẓiñ duburahooo ʹillaa mutaḥarrifal liq̣itaalin ʹaw mutaḥayyizan ʹilaa fiʹatiñ faq̣ad baaaʹa big̣aḍabim minal laahi wa-maʹwaahu Jahannam,― wa-biʹsal maṣeer!
އަދި އެދުވަހުން ހަނގުރާމައިގެ އެހެން އުކުޅަކަށް ނުވަތަ މަކަރަކަށް (ފަހުން ކުރިޔަށް އަރާ ދިމާކުރުމުގެ ގަސްދުގައި) ފަހަތަށް ޖެހިލި މީހާ މެނުވީ، ނުވަތަ لشكر ގެ އެހެން جماعة އަކަށް ދިއުމަށް އަނބުރައިލި މީހަކު މެނުވީ (މިދެގޮތްނޫން ގޮތަކަށް) ފުރަގަސްދީފައި ދިޔަމީހާ ހަމަކަށަވަރުން އެމީހާ އެދިޔައީ ﷲ ގެ حضرة ން ކޯފާޔާއިގެންނެވެ. އަދި އޭނާގެ ޖާގައަކީ ނަރަކައެވެ. އޭނާގެ އެޖާގައަކީ ނުބައިވެގެންވާ ޖާގައެކެވެ.
-
17
فَلَمْ تَقْتُلُوهُمْ وَلَـٰكِنَّ ٱللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ ٱللَّهَ رَمَىٰ ۚ وَلِيُبْلِىَ ٱلْمُؤْمِنِينَ مِنْهُ بَلَآءً حَسَنًا ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ
Falam taq̣tuloohum wa-laakinnal laaha q̣atalahum. Wa-maa ramayta ʹiẓ ramayta wa-laakinnal laaha ramaa: wa-liyubliyal Muʹmineena minhu balaaaʹan ḥasanaa: ʹinnal laaha Sameeʻun ʻAleem.
(بَدْرُ ހަނގުރާމައިގެ ދުވަހު) ކަލޭމެން مؤمن ންގެ އަތްތަކުން مشرك ން މެރީއަކީއެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ (ކަލޭމެންގެ އަތްތައް އެކަމުގައި حركاة ތެރިވިޔަސް) އެމީހުން މެރީ (حقيقة ގައި) ހަމަ ﷲ އެވެ. (އެހެނީ އެ އެންމެހައި ކަންތައް ހިންގުމުގެ مُسَبِّبُ އަކީ ﷲ އެވެ.) އަދި (އޭ رسول ﷲ އެވެ!) އެ مشرك ންނާ ދިމާއަށް ކަލޭގެފާނުން (އެހިލަމުއްވަރު) އުއްކަވައިލެއްވިއިރު އެއުއްކަވައިލެއްވީ (حقيقة ގައި) ކަލޭގެފާނެއްނޫނެވެ. އަދި އެހެނެއްކަމަކު އެ އުށްކަވައިލެއްވީ ހަމަ ﷲ އެވެ. އެއީ އެކަލާނގެ حضرة ން مؤمن ން ރަނގަޅުވެގެންވާ ރިވެތި نعمة އަކުން إمتحان ކުރެއްވުމަށްޓަކައެވެ. (އެއީ عَدُوّ ންގެ މައްޗަށް نصر ލިބުމާއި އެމީހުންގެ ތަކެތި غنيمة ކުރެވުމާއި އެ مؤمن ންގެ عمل ތަކުގެ ދަރުމަ ސާބިތުކުރެއްވުމާއި އަދި رسول ﷲ ﷺ ގެ އަރިހުގައި جهاد ކުރުމުގެ މާތްކަން އެމީހުންނަށް ދެއްވުމަށެވެ. بَلاَءً حَسَنًا މި لفظ ން މުރާދުކުރެވޭ މާނަތަކަކީ އެއީއެވެ. = تفسير الطّبرى = ) ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
18
ذَٰلِكُمْ وَأَنَّ ٱللَّهَ مُوهِنُ كَيْدِ ٱلْكَـٰفِرِينَ
Ẓaalikum wa-ʹannal laaha moohinu kaydil kaafireen.
(އޭ ކަލޭމެންނޭވެ!) އެކަން އެގޮތަށް އެދިމާކުރެއްވީ (އެބަހީ: مؤمن ންނަށް نصر އާއި ކާމިޔާބުދެއްވައި مشرك ން ބަލިކުރައްވައި ދެރަކުރެއްވީ) ހަމަކަށަވަރުން ﷲ تعالى އީ مشرك ންގެ ރޭވުމާއި ބާރު ބަލިކުރައްވާ ضَعِيْفُ ކުރައްވާ ކަލަކު ކަމުގައިވާތީއެވެ.
-
19
إِن تَسْتَفْتِحُوا۟ فَقَدْ جَآءَكُمُ ٱلْفَتْحُ ۖ وَإِن تَنتَهُوا۟ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَعُودُوا۟ نَعُدْ وَلَن تُغْنِىَ عَنكُمْ فِئَتُكُمْ شَيْـًٔا وَلَوْ كَثُرَتْ وَأَنَّ ٱللَّهَ مَعَ ٱلْمُؤْمِنِينَ
ʹIñ tastaftiḥoo faq̣ad jaaaʹakumul fatḥ. Wa-ʹiñ tañtahoo fahuwa khayrul lakum. Wa-ʹiñ taʻoodoo naʻud. Wa-lañ tug̣niya ʻañkum fiʹatukum shayʹañw walaw kas̤urat wa-ʹannal laaha maʻal Muʹmineen!
(އޭ مشرك ންނޭވެ!) ކަލޭމެން فتح އާއި ނިޔާ (حقّ ބަޔަކަށް ދެއްވުމަށް ﷲ ގެ حضرة ން) އެދުނުހިނދުން ތިޔައޮތީ (حقّ ވީ މީހުންނަށް) فتح އާއި ނިޔާ އައިސްފައެވެ. (އެއީ مؤمن ންނަށެވެ.) އަދި ކަލޭމެން (ދެންވެސް) އެކަމަށް إعاد ވަންޏާ އެބަހީ އެކަލޭގެފާނާ އިދިކޮޅަށް ހަނގުރާމަކޮށް އިދިކޮޅުވަންޏާ ތިމަންރަސްކަލާނގެވެސް ހަމައެފަދައިން (ކަލޭމެން ހަލާކު ކުރެއްވުމަށް) إعادވެވޮޑިގަންނަ ވާހުށީމެވެ. އަދި ކަލޭމެންގެ لشكر ކިތަންމެ ގިނަޔަސް އެ لشكر ން ކަލޭމެނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެއެވެ. އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ مؤمن ންނާއި އެކުގައެވެ.
-
20
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوْا۟ عَنْهُ وَأَنتُمْ تَسْمَعُونَ
Yaaaʹayyuhaal laẓeena ʹaamanooo ʹaṭeeʻul laaha wa-Rasoolahoo wa-laa tawallaw ʻanhu wa-ʹañtum tasmaʻoon.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން އެކަލޭގެފާނުން ބަސްފުޅު އަހާކަމުގައިވާ حال ކަލޭމެން އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ!
-
21
وَلَا تَكُونُوا۟ كَٱلَّذِينَ قَالُوا۟ سَمِعْنَا وَهُمْ لَا يَسْمَعُونَ
Wa-laa takoonoo kallaẓeena q̣aaloo samiʻnaa wahum laa- yasmaʻoon:
(އޭ مؤمن ންނޭވެ!) ހަމައެކަނި ކަންފަތުން އަހައި އެ އެހުމުން އެއްވެސް مَنْفَعَ އެއް ނުކުރާ މީހުން ފަދައިން (مشرك ންނާއި منافق ންފަދައިން) ކަލޭމެން ނުވާށެވެ!
-
22
۞ إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلصُّمُّ ٱلْبُكْمُ ٱلَّذِينَ لَا يَعْقِلُونَ
ʹInna sharrad dawaaabbi ʻiñdal laahiṣ ṣummul bukmul laẓeena laa- yaʻq̣iloon.
ހަމަކަށަވަރުން އެންމެނުބައިވެގެންވާ دَابَّة އަކީ (އެންމެނުބައި މީހުންނަކީ) ބީރު އަދި މަންމަން މީހުންނެވެ. އަދި އެމީހުންނަށް ނުވިސްނޭ މީހުންނެވެ. (އެއީ އިންސާނުންނަށް ވާނޭ އެންމެ ދެރަ ތިންސިފައެވެ. ކަންފަތަށް އަޑު ނުއިވޭ އަނގައިން ބަސްނުބުނެވޭ އަދި އެއްޗެއް ނުވިސްނޭ - މިތިން ކަންތައް ހުރި މީހަކީ ދެން އެއްވެސް ބޭނުމެއްނެތް މީހެކެވެ.) (އެއީ حقّ އަށް تبع ނުވާ މީހުންގެ މިސާލެވެ. އެމީހަކީ އެއްވެސް حسّ އަކުން ފައިދާއެއް ނުކުރާމީހެކެވެ.)
-
23
وَلَوْ عَلِمَ ٱللَّهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا۟ وَّهُم مُّعْرِضُونَ
Wa-law ʻalimal laahu feehim khayral laʹasmaʻahum: wa-law ʹasmaʻahum latawallaw wahum muʻriḍoon.
ﷲ تعالى އެމީހުންގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ވާކަމުގައި ދެކެވޮޑިގެންނެވިނަމަ ހަމަކަށަވަރުންވެސް އެކަލާނގެ އެމީހުންނަށް އިއްވެވީހެވެ. އަދި އެކަލާނގެ އެމީހުންނަށް އިއްވެވިނަމަވެސް ހަމަކަށަވަރުން އެމީހުން އެނބުރި ފުރަގަސްދިނީހެވެ. އެމީހުން އެނބުރި ނުކިޔަމަންތެރިވެ ގެންވާ حال ގައެވެ.
-
24
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ
Yaaaʹayyuhal laẓeena ʹaamanus tajeeboo lillaahi wa-lir-Rasooli ʹiẓaa daʻaakum limaa yuḥyeekum: waʻlamooo ʹannal laaha yaḥoolu baynal marʹi wa-q̣albihee wa-ʹannahooo ʹilayhi tuḥsharoon.
އޭ އީމާންވެގެންވާ މީސްތަކުންނޭވެ! ކަލޭމެންނަށް حياة އެއްވާ ކަމަކަށް (حقّ ކަމަކަށް / ނުވަތަ ކިޔަމަންތެރިކަމަށް) ﷲ އާއި رسول އާ ކަލޭމެނަށް އަމުރުކުރައްވައިފިއްޔާ ކަލޭމެން ﷲ އާއި رسول އާއަށް ޖަވާބުދޭށެވެ! (ބަސްއަހައި ކިޔަމަންތެރިވާށެވެ!) އަދި ހަމަކަށަވަރުން ﷲ تعالى މީހާޔާއި އޭނާގެ ހިތާއި ދެމެދު ހުރަސްކުރައްވައެވެ. ހިފަހައްޓަވައެވެ. އެބަހީ: ﷲ އިރާދަކުރައްވައިފިއްޔާ ހިތުގެތެރެއަށް އެއްވެސް އެއްޗެއް ވަނަނުދީ ހިފަހައްޓަވައެވެ.) އަދި ހަމަކަށަވަރުން ކަލޭމެން محشر ކުރެވޭހުށީ ހަމަ އެކަލާނގެ حضرة އަށެވެ.
-
25
وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
Wattaq̣oo fitnatal laa tuṣeebannal laẓeena z̤̣alamoo miñkum khaaaṣṣah: waʻlamooo ʹannal laaha shadeedul ʻiq̣aab.
ހަމައެކަނި خاصّ ކޮށް ކަލޭމެންކުރެ އަނިޔާވެރިންނަށް ނުޖެހޭނޭ فِتْنَة އަކާއިމެދު ކަލޭމެން ބިރުވެތިވާށެވެ. (އެބަހީ: އެ فتنة އެއް އަނިޔާވެރިންނަށާއި އަދި އެހެން މީހުންނަށްވެސް ޖެހިދާނެއެވެ. އެއީ ﷲ އާއި އެކަލާނގެ رسول އާގެ އަމުރުފުޅުތަކަށް އިޖާބަނުދީފިނަމަ مُنْكَرَات ނަހީނުކޮށްފިނަމަ ހެޔޮކަންތަކަށް އަމުރު ނުކޮށްފިނަމަ ޖެހިދާނޭ فتنة އެކެވެ. ހަލާކެކެވެ. އެކަމުގައި އެންމެންވެސް ހަލާކުވެދާނެއެވެ.) އަދި ﷲ އީ عقوبة ގަދަފަދަ ވަންތަވެ ވޮޑި ގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!
-
26
وَٱذْكُرُوٓا۟ إِذْ أَنتُمْ قَلِيلٌ مُّسْتَضْعَفُونَ فِى ٱلْأَرْضِ تَخَافُونَ أَن يَتَخَطَّفَكُمُ ٱلنَّاسُ فَـَٔاوَىٰكُمْ وَأَيَّدَكُم بِنَصْرِهِۦ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ لَعَلَّكُمْ تَشْكُرُونَ
Waẓkurooo ʹiẓ ʹañtum q̣aleelum mustaḍʻafoona fil ʹarḍi takhaafoona ʹañy yatakhaṭṭafakumun naasu faʹaawaakum wa-ʹayyadakum̃ binaṣrihee wa-razaq̣akum minaṭ ṭayyibaati laʻallakum tashkuroon.
(އޭ مؤمن ންނޭވެ!) ކަލޭމެން (مكّة ގެ) ބިމުގައި ނުހަނު ނިކަމެތިކޮށް އަދި عدد މަދުބަޔަކުކަމުގައިވީކަން ހަނދާންކުރާށެވެ! އަދި އެހެނިހެން މީހުން އައިސް ކަލޭމެން ޖަހައިގަނެފާނެކަމާމެދު (މަރައިފާނެކަމާމެދު) ކަލޭމެން ބިރުވެތިވަމުއެވެ. - (އެ حال ގައި ވަނިކޮށް އެކަލާނގެ ކަލޭމެނަށް ސަލާމަތުން އަމާންކަމާއެކު ތިބެވޭނެ ވަޒަންދެއްވިއެވެ. (އެއީ حرم އެވެ. مكّة ގެ حرم އެވެ.) އަދި އެކަލާނގެ ކަލޭމެނަށް نصر ދެއްވައި ގަދަކަންދެއްވިއެވެ. އަދި ރަނގަޅު حلال ތަކެތީގެ ރިޒުޤު އެކަލާނގެ ކަލޭމެނަށް ދެއްވިއެވެ. މިހުރިހާކަމަކީވެސް ކަލޭމެން އެކަލާނގެއަށް شكر ކުރޭތޯއެވެ.
-
27
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَخُونُوا۟ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓا۟ أَمَـٰنَـٰتِكُمْ وَأَنتُمْ تَعْلَمُونَ
Yaaaʹayyuhal laẓeena ʹaamanoo laa- takhoonul laaha war-Rasoola wa-takhoonooo ʹamaanaatikum wa-ʹañtum taʻlamoon.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނަށް އެނގިތިބޭ حال ކަލޭމެން ﷲ އަށާއި رسول އާއަށް خيانة ތެރިނުވާށެވެ! އަދި ކަލޭމެން ކަލޭމެންގެ އަމާނާތްތަކަށް خيانة ތެރިނުވާށެވެ!
-
28
وَٱعْلَمُوٓا۟ أَنَّمَآ أَمْوَٰلُكُمْ وَأَوْلَـٰدُكُمْ فِتْنَةٌ وَأَنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌ
Waʻlamooo ʹannamaaa ʹamwaalukum wa-ʹawlaadukum fitnatuñw waʹannal laaha ʻiñdahooo ʹajrun ʻaz̤̣eem.
އަދި ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ކަލޭމެންގެ މުދަލާއި ދަރީންނަކީ إمتحان އެކެވެ. އަދި ހަމަކަށަވަރުން ﷲ ދަންނައެވެ! ބޮޑުވެގެންވާ ދަރުމަވަނީ އެކަލާނގެ حضرة ގައެވެ.
-
29
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَتَّقُوا۟ ٱللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّـَٔاتِكُمْ وَيَغْفِرْ لَكُمْ ۗ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
Yaaaʹayyuhal laẓeena ʹaamanooo ʹiñ tattaq̣ul laaha yajʻal lakum Furq̣aanañw Wayukaffir ʻañkum sayyiʹaatikum wa-yag̣fir lakum. Wallaahu Ẓul Faḍlil ʻaz̤̣eem.
އޭ إيمان ވެއްޖެ މީހުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވެއްޖެއްޔާ حقّ އާއި باطل ވަކިކުރެވޭނެ އެއްޗެއް އެކަލާނގެ ކަލޭމެނަށް ލައްވާނެއެވެ. حقّ އާއި باطل ވަކިކުރެވޭނެގޮތެއް ލައްވާނެއެވެ. (އެއީ ކަލޭމެންގެ عدواة ތެރިންގެމައްޗަށް ކަލޭމެނަށް نصر ދެއްވައި އެމީހުން ބަލިކުރެއްވުމެވެ.) އަދި އެކަލާނގެ ކަލޭމެންގެ ކުށްތައް ފިއްލަވާހުއްޓެވެ. އަދި ކަލޭމެންނަށް (ކަލޭމެންގެ ފާފަތައް) އެކަލާނގެ ފުއްސަވާހުއްޓެވެ. އަދި ﷲ އީ ބޮޑުވެގެންވާ މާތްކަމުގެ ވެރި، فضل ވަންތަކަމުގެ ވެރި، ކަލާނގެއެވެ.
-
30
وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ
Wa-ʹiẓ yamkuru bikal laẓeena kafaroo liyus̤bitooka ʹaw yaq̣tulooka ʹaw yukhrijook. Wa-yamkuroona wa-yamkurul laah: wallaahu Khayrul maakireen.
އަދި ކާފަރުންގެމީހުން (އެބަހީ: مكّة ގެ ކާފަރުން) ކަލޭގެފާނު ހިފާ ހައްޔަރުކުރުމަށް ނުވަތަ ކަލޭގެފާނު قتل ކުރުމަށް ނުވަތަ ކަލޭގެފާނު ކަލޭގެފާނުންގެ ރަށުން ނެރުމަށް އެމީހުން ގޮތްތައް ރާވާ މަކަރުތައް ހެދިހިނދު ހަނދުމަފުޅުކުރައްވާށެވެ! އަދި ﷲ ވެސް މަކަރު ހައްދަވާ ގޮތްތައް ރާއްވަވައެވެ. (އެއީ އެމީހުން ނާކާމިޔާބު ކުރެއްވުމަށާއި ކަލޭގެފާނަށް ކާމިޔާބު ވުމަށެވެ.) އަދި ﷲ އީ އެންމެ ރަނގަޅަށް އެންމެ މޮޅަށް މަކަރު ހައްދަވާ ގޮތް ރާއްވަވާ ކަލާނގެއެވެ.\n* ދަންނައެވެ. ﷲ މަކަރުހައްދަވާނީ އެކަލާނގެ مُقَدَّسُ ޒާތުފުޅާއި އެކަށީގެންވާގޮތަށެވެ. އެއީ ކިހިނެއްކަމެއް خَلقُ ތަކުންނަކަށްނޭގޭނެއެވެ.
-
31
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا قَالُوا۟ قَدْ سَمِعْنَا لَوْ نَشَآءُ لَقُلْنَا مِثْلَ هَـٰذَآ ۙ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ
Wa-ʹiẓaa tutlaa ʻalayhim ʹAayaatunaa q̣aaloo q̣ad samiʻnaa law nashaaaʹu laq̣ulnaa mis̤la haaẓaaa ʹin haaẓaaa ʹillaaa ʹasaaṭeerul ʹawwaleen.
އަދި ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. އަހުރެމެން (ތިޔަބާވަތުގެ އެއްޗެތި) އަހައިފީމެވެ. އަދި އަހުރެމެން ބޭނުންނަމަ އެބާވަތުގެ އެއްޗެތި އަހުރެމެންވެސް ކިޔައިފާނަމެވެ. އަދި ތިޔަތަކެއްޗަކީ (އެބަހީ: قرآن އަކީ) ހަމަ އިސްވެދިޔަ މީސްތަކުންގެ أصل އެއް ވަސްލެއްނެތް ވާހަކަތަކެއްކަމުގައި މެނުވީ ނުވެއެވެ.
-
32
وَإِذْ قَالُوا۟ ٱللَّهُمَّ إِن كَانَ هَـٰذَا هُوَ ٱلْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ ٱلسَّمَآءِ أَوِ ٱئْتِنَا بِعَذَابٍ أَلِيمٍ
Wa-ʹiẓ q̣aalul laahumma ʹiñ kaana haaẓaa huwal Ḥaq̣q̣a min ʻiñdika faʹamṭir ʻalaynaa ḥijaaratam minas samaaaʹi ʹawiʹ tinaa biʻaẓaabin ʹaleem.
އަދި އެމީހުން އެބަހީ: مكّة ގެ مشرك ން ދެންނެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެމީހުން ދެންނެވިއެވެ. އޭ މަތިވެރި ﷲ އެވެ! (محمّد ގެފާނުންގެމައްޗަށް ބާވައިލައްވާ) މިތަކެއްޗަކީ އިބަރަސްކަލާނގެ حضرة ން ކަނޑައެޅިގެން حقّ އެއްޗެއްކަމަށްވަންޏާ އަޅަމެންގެ މައްޗަށް އުޑުން ހިލަތަކެއް ވެއްސަވާނދޭވެ! ނުވަތަ އަޅަމެނަށް ވޭންދެނިވި عذاب ދެއްވާނދޭވެ!
-
33
وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ
Wa-maa kaanal laahu liyuʻaẓẓibahum wa-ʹañta feehim; wa-maa kaanal laahu muʻaẓẓibahum wa-hum yastag̣firoon.
(އޭގެ جواب އަކަށް ﷲ وحي ކުރައްވައެވެ. އޭ رسول ﷲ އެވެ!) ކަލޭގެފާނުން އެމީހުންގެ ތެރޭގައި ވަނިކޮށް އެމީހުންގެ މައްޗަށް عذاب އެއް ފޮނުއްވާނެކަލަކު ކަމުގައި ﷲ ވޮޑިގެން ނުވެއެވެ. އަދި އެމީހުން ފާފަފުއްސެވުމަށް އެދި دعاء ކުރާކަމުގައިވާހިނދު އެމީހުންނަށް عذاب ދެއްވުމަށް ﷲ ވޮޑިގެން ނުވެއެވެ. (ފަހެ مكّة ގެ مشرك ންނަށް بدر ހަނގުރާމައިގައި އެހާބޮޑު عذاب އެއް ލިބި މަރުވެގެންދިޔަ ބަޔަކު މަރުވެގެންދިޔައީ رسول ﷲ ﷺ އެރަށުން ނުކުމެވަޑައިގެން مدينة އަށް هجرة ކުރެއްވުމަށްފަހުގައެވެ.)
-
34
وَمَا لَهُمْ أَلَّا يُعَذِّبَهُمُ ٱللَّهُ وَهُمْ يَصُدُّونَ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَمَا كَانُوٓا۟ أَوْلِيَآءَهُۥٓ ۚ إِنْ أَوْلِيَآؤُهُۥٓ إِلَّا ٱلْمُتَّقُونَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
Wa-maa lahum ʹallaa yuʻaẓẓibahumul laahu wa-hum yaṣuddoona ʻanil Masjidil Ḥaraami wa-maa kaanooo ʹawliyaaaʹah? ʹIn ʹawliyaaaʹuhooo ʹillal Muttaq̣oona walaakinna ʹaks̤arahum laa- yaʻlamoon.
ފަހެ އެމީހުންނަށް ﷲ عذاب ނުދެއްވަންވީ ކީއްވެގެންހެއްޔެވެ؟ އެމީހުންނަކީ مَسْجِدُ اْلحَرَام އަށް އަޅުކަމަށް ދާމީހުން ދިޔަނުދީ ހިފަހައްޓާ ބައެކެވެ. އަދި އެމީހުންނަކީ އެކަލާނގެ ولِيُّ ން ކަމުގައި ނުވެއެވެ. އެކަލާނގެ وَلِيُّ ން ކަމުގައި تقوى ވެރިންމެނުވީ ނުވާނެއެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.
-
35
وَمَا كَانَ صَلَاتُهُمْ عِندَ ٱلْبَيْتِ إِلَّا مُكَآءً وَتَصْدِيَةً ۚ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
Wa-maa kaana ṣalaatuhum ʻiñdal Bayti ʹillaa mukaaaʹañw wataṣdiyah: faẓooq̣ul ʻaẓaaba bimaa kuñtum takfuroon.
އަދި ގެފުޅުގެ ކައިރީގައި އެމީހުންކުރާ ނަމާދަކީ ތުނބުން ފުމުމާއި އަތްތިލަބަޑިޖެހުންކަމުގައި މެނުވީ ނުވެއެވެ. (އަދި ބަދުރު ހަނގުރާމައިގެ ދުވަހު އެމީހުންނަށް އެންގެވުނެވެ.) ކަލޭމެން ކާފަރުވީ ކަމަށްޓަކައި ކަލޭމެން عذاب ގެ ރަހަ ލިބިގަންނާށެވެ. (އެމީހުންވަނީ ބައްތިރީސްވަނަ އާޔަތުގައިވާ ފަދައިން عذاب އައުމަށް އެދިފައެވެ.)
-
36
إِنَّ ٱلَّذِينَ كَفَرُوا۟ يُنفِقُونَ أَمْوَٰلَهُمْ لِيَصُدُّوا۟ عَن سَبِيلِ ٱللَّهِ ۚ فَسَيُنفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ ۗ وَٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ يُحْشَرُونَ
ʹInnal laẓeena kafaroo yuñfiq̣oona ʹamwaalahum liyaṣuddoo ʻañ Sabeelil laah. Fasayuñfiq̣oonahaa s̤umma takoonu ʻalayhim ḥasratañ s̤umma yug̣laboon. Wal-laẓeena kafarooo ʹilaa Jahannama yuḥsharoon.
ހަމަކަށަވަރުން ކާފަރުވީ މީސްތަކުން ﷲ ގެ މަގުބަންދުކުރުމަށްޓަކައި މުދާތައް ހޭދަކުރެއެވެ. އަދި މުދާ ހޭދަކުރާނެއެވެ. ދެން އެކަންވާނީ އެމީހުންގެ މައްޗަށް ހިތާމައެއް ކަމުގައެވެ. ދެން އެމީހުން ދެރަވާނެއެވެ. އަދި ކާފަރުވީ މީސްތަކުން ނަރަކައަށް އެއްކުރެވޭނެއެވެ.
-
37
لِيَمِيزَ ٱللَّهُ ٱلْخَبِيثَ مِنَ ٱلطَّيِّبِ وَيَجْعَلَ ٱلْخَبِيثَ بَعْضَهُۥ عَلَىٰ بَعْضٍ فَيَرْكُمَهُۥ جَمِيعًا فَيَجْعَلَهُۥ فِى جَهَنَّمَ ۚ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ
Liyameezal laahul khabees̤a minaṭ ṭayyibi wa-yajʻalal khabees̤a baʻḍahoo ʻalaa baʻḍiñ fayarkumahoo jameeʻañ fayajʻalahoo fee jahannam. ʹUlaaaʹika humul khaasiroon.
އެއީ (އެބަހީ: އެމީހުން ނަރަކައަށް އެލައްވަނީ) ރަނގަޅުގެތެރެއިން ނުބައި - ބާއްޖަވެރިންގެތެރެއިން އަބާއްޖަވެރިން ވަކިކުރެއްވުމަށެވެ. ދެން އެހުރިހާ ނުބައި އެކަލާނގެ އެއްތަނަކަށް ޖަމާކުރައްވައި އެކަތިމައްޗަށް އަނެކަތިލައްވާ ބޮޑުފުނިވަރަކަށް ހައްދަވައި ދެން އެކަލާނގެ އެފުނިވަރު ނަރަކައަށް ލައްވާނެތެވެ. އެމީހުން އެއީ ކަނޑައެޅިގެން ގެއްލި ހަލާކުވެގެންވާ މީހުންނެވެ. • (ދަންނައެވެ. ﷲ ގެ މަގުބަންދުކުރުމަށް إسلام دين އާއި مسلم ން ހަލާކުކުރުމަށް ކާފަރުން މުދާ ހޭދަކުރުމަކީ އެއީ އެމީހުންގެ ކަމެކެވެ. އަބަދުވެސް އެމީހުން އެކަން ކުރާނެއެވެ. އަދި ކުރިޔަށް އޮތްތާވެސް އެމީހުން އެކަންކުރާނެކަމަށް އާޔަތުން صريح ކޮށް އެބަ އެނގެއެވެ. އޭރު مكّة ގެ ކާފަރުންނެވެ. މިހާރު ترقّى ގެ މޮޅު ކާފަރުންނެވެ. ރީތި ނަންނަމުގައެވެ. ސޭވްދަ ޗިލްޑްރަން - ޔުނިސެފް - ކުނިސެފް - އަދި އެޑިޔުކޭޝަންގެ އެކިއެކި ނަންނަމުގައި އޭބީސީޑީގެ ހުރިހާ އަކުރެއްގެ ނަމުގައި ޒާތްޒާތުގެ جمعية ތަކާއި جماعة ތަކާއި ބޯޑުތަކާއި ހަދައި އެކިނަންނަމުގައި އެހީތައް މިއޮއް ފައިބަނީއެވެ. ކާފަރަކު إسلام އަކަށް އެހީއެއްވުމަކީ ބުޅާ މީދަލަށް އެހީވުން ނޫންބާވައެވެ. وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْۗ މިއީ وحي ގެ ކީރިތި ބަސްފުޅެވެ. - يهودي އަކުވިޔަސް އަދި نصارى އަކުވިޔަސް އެމީހުންގެ دين އާއި ކަލޭގެފާނު تبع ވެވަޑައިގެންފުމަށްދާނދެން އެމީހުން ކަލޭގެފާނަކަށް ނުރުހޭނެއެވެ. - ދުވަހަކު ނުރުހޭނެއެވެ. މިއެވެ. އެމީހުން ނުރުހޭ އެންމެންނަކީ މިހާރުގެ ޓެރަރިސްޓުންނެވެ. ތިންމައިގަނޑު ވިޔައިގެ ހިސާބުން ބަލާއިރު އެމީހުން ނުރުހޭ މީހުންނަކީ مسلم ންނެވެ. އެއީ އެމީހުންގެ ޓެރަރިސްޓުންނެވެ. ރުހޭމީހުންނަކީ އެމީހުންނަށް تبع ވީމީހުންކަމުގައި ﷲ އެ އަންގަވަނީއެވެ. ނުރުހޭ ބަޔަކަށް އެހީއެއް މަދަދެއްވުމަކީ مُستحيل ކަމެކެވެ. ނުވަތަ އުނދަގޫ ކަމެކެވެ. މިކަންކަމަށް ވިސްނެވުންހުއްޓެވެ.)
-
38
قُل لِّلَّذِينَ كَفَرُوٓا۟ إِن يَنتَهُوا۟ يُغْفَرْ لَهُم مَّا قَدْ سَلَفَ وَإِن يَعُودُوا۟ فَقَدْ مَضَتْ سُنَّتُ ٱلْأَوَّلِينَ
Q̣ul lillaẓeena kafarooo ʹiñy yañtahoo yug̣far lahum maa q̣ad salaf; wa-ʹiñy yaʻoodoo faq̣ad maḍat Sunnatul ʹawwaleen.
ﷲ وحيކުރެއްވިއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ކާފަރުންނަށް ވިދާޅުވާށެވެ! އެމީހުން އެތިބިގޮތް ދޫކޮށް (ﷲ އަށާއި رسول އާއަށް إيمان ވެ ކާފަރުކަމުން) ހުއްޓައިލައިފީއްޔާ އެމީހުންގެ ފަރާތުން ކުރީ އިސްވެދިޔަ ފާފަ ފުއްސެވޭނެއެވެ. އަދި އެގޮތް ދޫނުކޮށް އެކާފަރުކަންމަތީ ދެމިތިބޭކަމަށްވަންޏާ އިސްވެދިޔަ أمّة ތަކުގައި ތިބި ކާފަރުންނަށްވީގޮތް (ނުވަތަ بَدْرُ ހަނގުރާމައިގައި މަރުވެދިޔަ ކާފަރުންނަށް ކަންވީގޮތަށް ކަލޭމެނަށްވެސް ވެދާނެއެވެ. (އެއީ ﷲ ކަންތައް ގެންދަވާގޮތެވެ.)
-
39
وَقَـٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ كُلُّهُۥ لِلَّهِ ۚ فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ بِمَا يَعْمَلُونَ بَصِيرٌ
Wa-q̣aatiloohum ḥattaa laa- takoona fitnatuñw wayakoonad Deenu kulluhoo lillaah; faʹiniñ tahaw faʹinnal laaha bimaa yaʻmaloona Baṣeer.
އަދި އެއްވެސް ފިތުނައެއް يعني: شرك އެއްނެތި އަޅުކަމާއި ކިޔަމަންތެރިކަން ހަމައެކަނި ﷲ އަށް خلاص ވެއްޖައުމަށްދާންދެން ކަލޭގެފާނު އެކާފަރުންނާއި ހަނގުރާމަކުރައްވާށެވެ. ފަހެ، އެމީހުން شرك ނުކޮށް / އަދި އެނުކިޔަމަންތެރިކަމުން ހުއްޓައިލައިފިއްޔާ (ﷲ އަށް އެކަން ވަންހަނާ ނުވާނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އެމީހުންކުރާ ކަންތައް ދެނެވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
-
40
وَإِن تَوَلَّوْا۟ فَٱعْلَمُوٓا۟ أَنَّ ٱللَّهَ مَوْلَىٰكُمْ ۚ نِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ
Wa-ʹin tawallaw faʻlamooo ʹannal laaha Mawlaakum― Niʻmal Mawlaa wa-Niʻman Naṣeer.
އަދި އެމީހުން އެކަމުން ފުރަގަސްދީފިއްޔާ (އެބަހި: رسول ﷲ ﷺ އެމީހުންނަށް ގޮވާލައްވާ ކަންތައްތަކުން އެމީހުން އެނބުރި ފުރަގަސްދީފިއްޔާ) ފަހެ ކަލޭމެން (مؤمن) ދަންނާށެވެ. ހަމަކަށަވަރުން ﷲ އެއީ ކަލޭމެންގެ ސަހަރޯވެރިޔާއެވެ. އެހީތެރިޔާއެވެ. އެއީ އެންމެރަނގަޅު ސަހަރޯވެރިޔާއެވެ. އަދި އެންމެރަނގަޅު نصر ވެރިޔާއެވެ.
-
41
۞ وَٱعْلَمُوٓا۟ أَنَّمَا غَنِمْتُم مِّن شَىْءٍ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ إِن كُنتُمْ ءَامَنتُم بِٱللَّهِ وَمَآ أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ ٱلْفُرْقَانِ يَوْمَ ٱلْتَقَى ٱلْجَمْعَانِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Waʻlamooo ʹannamaa g̣animtum miñ shayʹiñ faʹanna lillaahi khumusahoo wa-lir-Rasooli wa-liẓil q̣urbaa walyataamaa walmasaakeeni wabnis sabeeli ʹiñ kuñtum ʹaamañtum̃ billaahi wa-maaa ʹañzalnaa ʻalaa ʻAbdinaa Yawmal Furq̣aani Yawmal taq̣al jamʻaan. Wal-laahu ʻalaa kulli shayʹiñ Q̣adeer.
(އޭ مؤمن ންނޭވެ!) ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ކަލޭމެން غنيمة މުދަލުގެ ގޮތުން حاصل ކުރި ކޮންމެ އެއްޗެއް އެއެއްޗެއްގެ ފަސްބައިކުޅަ އެއްބައިވަނީ ﷲ އަށާއި رسول އާއަށާއި (رسول އާގެ) ގާތްތިމާގެ މީހުންނަށާއި - يتيم ންނަށާއި - مِسْكِين ންނަށާއި އަދި ދަރުތުވެރިންނަށެވެ. އެއީ ކަލޭމެން ﷲ އަށް إيمان ވެގެންވާ ކަމުގައިވަންޏާއެވެ. އަދި فرقان ގެދުވަހު އެބަހީ: حقّ އާއި باطل ވަކިކުރާ ދުވަހު އެދުވަހަކީ ދެ لشكر ބައްދަލުވީ ދުވަހެވެ. (محمّد ﷺ އާއި އެކަލޭގެފާނުންގެ أصحاب ންގެ لشكر އާއި مكّة ގެ قريش ންގެ ކާފަރު لشكر އާއި ދެ لشكر އެވެ. އެދެ لشكر بَدْرُ އެވެ ކިޔޭ ميدان ގައި ބައްދަލުކޮށް حقّ އެއީ حقّ ކަމުގައި باطل އެއީ باطل ކަމުގައިވެ ފައުޅުވެގެން ދިޔައީއެވެ. ކާފަރުން ބަލިވެ مؤمن ންނަށް نصر ލިބުނީއެވެ.) އެދުވަހު ތިމަންރަސްކަލާނގެ އަޅާގެމައްޗަށް (محمّد ﷺ ގެމައްޗަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި ތަކެއްޗަށް إيمان ވެގެންވާކަމުގައި ވަންޏާ غنيمة މުދަލާމެދު މިއެންގެވިގޮތަށް ކަންތައް ކުރާށެވެ! އަދި ﷲ އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ.
-
42
إِذْ أَنتُم بِٱلْعُدْوَةِ ٱلدُّنْيَا وَهُم بِٱلْعُدْوَةِ ٱلْقُصْوَىٰ وَٱلرَّكْبُ أَسْفَلَ مِنكُمْ ۚ وَلَوْ تَوَاعَدتُّمْ لَٱخْتَلَفْتُمْ فِى ٱلْمِيعَـٰدِ ۙ وَلَـٰكِن لِّيَقْضِىَ ٱللَّهُ أَمْرًا كَانَ مَفْعُولًا لِّيَهْلِكَ مَنْ هَلَكَ عَنۢ بَيِّنَةٍ وَيَحْيَىٰ مَنْ حَىَّ عَنۢ بَيِّنَةٍ ۗ وَإِنَّ ٱللَّهَ لَسَمِيعٌ عَلِيمٌ
ʹIẓ ʹañtum̃ bilʻudwatid dunyaa wa-hum̃ bilʻudwatil q̣uṣwaa warrakbu ʹasfala miñkum. Wa-law tawaaʻattum lakhtalaftum fil meeʻaadi wa-laakil liyaq̣ḍiyal laahu ʹamrañ kaana mafʻoolaa; liyahlika man halaka ʻam Bayyinatiñw Wayaḥyaa man ḥayya ʻam Bayyinah. Wa-innal laaha la-Sameeʻun ʻAleem.
އަދި ކަލޭމެން مؤمن ން مدينة އާއި ގާތްކޮޅުގައި (އެބަހީ: بَدْرُ ހަނގުރާމަ ހިނގިތާގެ مدينة އާއި ގާތްކޮޅުގެ) އުސްތާނގައިވީހިނދު އަދި އެމީހުން - އެބަހީ: مكّة ގެ قريش ންގެ لشكر އެތާނގެ مدينة އާއި ދުރުކޮޅުގައި އަދި (أبوسفيان ގެ) ގާފިލާ އަތިރިމަތީފަރާތު ތިރީމަގުގައިވީހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އަދި ކަލޭމެންގެ މެދުގައި (ދެ لشكر ބައްދަލުވުމަށް) ވަކިވަގުތެއް އަދި ވަކިތަނެއް ކަނޑައެޅި عيّن ވެގެން އޮތުމަށް ދެފަރާތް وَعْدُ ކުރިނަމަ ހަމަކަށަވަރުން އެވަގުތަކާއި އެތަނަކާއިމެދު ކަލޭމެންގެ މެދުގައި ދެބަސްވެ إختلاف ވީހެވެ. އަދި އެހެންނަމަވެސް (ދެ لشكر އެ ميدان ގައި ބައްދަލުވެ ހަނގުރާމަވެވުނީ) އެއީ ﷲ ގެ تقدير ގައި ކަނޑައެޅި ވާންއޮތްކަމެއް ނިންމަވާ ހިންގެވުމަށެވެ. އެއީ ހަލާކުވާ މީހަކުވެސް حجّة އާއި دليل އާއިއެކު ހަލާކުވުމަށެވެ. އަދި ދިރިހުންނާނެމީހަކުވެސް حجّة އާއި دليل އާއިއެކު ދިރިހުރުމަށެވެ. (އެބަހީ: ކޮންމެ މީހަކުވެސް އެމީހަކުގެ ކަންތައް ރަނގަޅަށް ސާބިތުވެ އެނގުމަށްފަހު عذر އެއް ނޯންނާނެގޮތުންނެވެ.) އަދި ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
43
إِذْ يُرِيكَهُمُ ٱللَّهُ فِى مَنَامِكَ قَلِيلًا ۖ وَلَوْ أَرَىٰكَهُمْ كَثِيرًا لَّفَشِلْتُمْ وَلَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَلَـٰكِنَّ ٱللَّهَ سَلَّمَ ۗ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ
ʹIẓ yureekahumul laahu fee manaamika q̣aleelaa: wa-law ʹaraakahum kas̤eeral lafashiltum wa-latanaazaʻtum fil ʹamri wa-laakinnal laaha sallam: ʹinnahoo ʻAleemum biẓaatiṣ ṣudoor.
އަދި ﷲ تعالى ކަލޭގެފާނަށް އެމީހުން - އެބަހީ - قريش ންގެ ކާފަރު لشكر - ކަލޭގެފާނުންގެ ހުވަފެންފުޅުގައި ދެއްކެވީ މަދުބަޔަކުކަމުގައެވެ. (އެއީ ކަލޭމެން مؤمن ންގެ ހިތްތައް ގަދަވެ ހަނގުރާމައަށް ހިތްވަރުގަދަވެ عدوُّ ންނާ ދިމާކުރުމުގެ ބާރެއްގެ ގޮތުންނެވެ.) އަދި އެމީހުން އެއީ ގިނަބައެއްގެ ގޮތުގައި ކަލޭގެފާނަށް (ހުވަފެންފުޅުގައި) އެކަލާނގެ ދެއްކެވިނަމަ ކަލޭމެން މުޅިން ބަލިކަށިވެ ހިތްވަރުދެރަވެ ފޭލިވެއްޖައީހެވެ. އަދި ހަނގުރާމައިގެ ކަންތަކުގައި މުޅިން ދެބަސްވެ ވާހަކަތައް ތަފާތުވެއްޖައީހެވެ. އެހެންނަމަވެސް އެހުރިހާ ކަމަކުން ﷲ ކަލޭމެން ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކު އަޑީގައިވާ ކަންތައްތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
44
وَإِذْ يُرِيكُمُوهُمْ إِذِ ٱلْتَقَيْتُمْ فِىٓ أَعْيُنِكُمْ قَلِيلًا وَيُقَلِّلُكُمْ فِىٓ أَعْيُنِهِمْ لِيَقْضِىَ ٱللَّهُ أَمْرًا كَانَ مَفْعُولًا ۗ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
Wa-ʹiẓ yureekumoohum ʹiẓil taq̣aytum feee ʹaʻyunikum q̣aleelañw wayuq̣allilukum feee ʹaʻyunihim liyaq̣ḍiyal laahu ʹamrañ kaana mafʻoolaa. Wa-ʹilal laahi turjaʻul ʹumoor.
އަދި ކަލޭމެން (مؤمن ން) އެ مشرك ންނާއި ބައްދަލުކުރިހިނދު ކަލޭމެންގެ ލޯތަކަށް އެ مشرك ން މަދުކަމުގައި އެކަލާނގެ ދައްކަވައި އަދި އެމީހުންގެ ލޯތަކަށް ކަލޭމެން މަދުކަމުގައި އެކަލާނގެ ދެއްކެވީ އެކަލާނގެ تقدير ގައި ވާނޭކަމަށް ނިމިފައިވާކަމެއް ނިންމަވާ ނިޔާކުރެއްވުމަށެވެ. ކަލޭމެންނަށް ދެއްކެވުމަށެވެ. (އެއީ مشرك ންގެ މައްޗަށް مؤمن ން ގަދަކުރައްވައި ﷲ ގެ كلمة ފުޅު މަތިވެރިކުރެއްވުމަށްޓަކައެވެ. އަދި އެންމެހައިކަމެއް رُجُوعَ ވުންވަނީ ﷲ ގެ حضرة އަށެވެ.
-
45
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمْ فِئَةً فَٱثْبُتُوا۟ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ
Yaaaʹayyuhal laẓeena ʹaamanooo ʹiẓaa laq̣eetum fiʹatañ fas̤butoo waẓkurul laaha kas̤eeral laʻallakum tufliḥoon:
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނާއި (ހަނގުރާމަވެރި ކާފަރު) جماعة އެއް ބައްދަލުވެއްޖެއްޔާ (ميدان ގައި) ރަނގަޅަށް ސާބިތުވާށެވެ! އަދި ﷲ އަށް ގިނަގިނައިން ذِكر ކުރާށެވެ! (ﷲ ހަނދާންކުރުން ގިނަކުރާށެވެ!) އެއީ ކަލޭމެނަށް ކާމިޔާބުވެ ނަސީބު ލިބުމަށެވެ.
-
46
وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ
Wa-ʹaṭeeʻul laaha wa-Rasoolahoo wa-laa tanaazaʻoo fatafshaloo wa-taẓhaba reeḥukum waṣbiroo: ʹinnal laaha maʻaṣ Ṣaabireen.
އަދި ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އާއަށް ކިޔަމަންތެރިވާށެވެ! - އަދި ކަލޭމެން (ކަންކަމުގައި) ދެބަސްނުވާށެވެ! އަރައިރުން ނުވާށެވެ! (އެހެން ހަދައިފިއްޔާ އެބަހީ: ދެބަސްވަންޏާ) ކަލޭމެން ބަލިކަށިވެ ދެރަވެދާނެއެވެ. ދެން އޭރުން ކަލޭމެންގެ ވަސްފިލައިދާނެއެވެ. އަދި ކަލޭމެން ކެތްތެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކުގައެވެ.
-
47
وَلَا تَكُونُوا۟ كَٱلَّذِينَ خَرَجُوا۟ مِن دِيَـٰرِهِم بَطَرًا وَرِئَآءَ ٱلنَّاسِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۚ وَٱللَّهُ بِمَا يَعْمَلُونَ مُحِيطٌ
Wa-laa takoonoo kallaẓeena kharajoo miñ diyaarihim̃ baṭarañw wariʹaaaʹan naasi wa-yaṣuddoona ʻañ Sabeelil laah: wallaahu bimaa yaʻmaloona Muḥeeṭ.
އަދި ބޮޑާވެގެންވާ حال މީސްތަކުންނަށް ދެއްކެވުމަށްޓަކައި ތިމާމެންގެ ގޮވަތި ގެދޮރުތަކުން ނުކުތް މީހުން ފަދައިން ކަލޭމެން (مؤمن ން) ނުވާށެވެ! އަދި އެމީހުންނަކީ ﷲ ގެ މަގުން މީސްތަކުން ބަންދުކޮށް ހިފަހައްޓާ މީހުންނެވެ. އަދި ﷲ އީ އެމީހުންކުރާ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
48
وَإِذْ زَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ وَقَالَ لَا غَالِبَ لَكُمُ ٱلْيَوْمَ مِنَ ٱلنَّاسِ وَإِنِّى جَارٌ لَّكُمْ ۖ فَلَمَّا تَرَآءَتِ ٱلْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّى بَرِىٓءٌ مِّنكُمْ إِنِّىٓ أَرَىٰ مَا لَا تَرَوْنَ إِنِّىٓ أَخَافُ ٱللَّهَ ۚ وَٱللَّهُ شَدِيدُ ٱلْعِقَابِ
Wa-ʹiẓ zayyana lahumush Shayṭaanu ʹaʻmaalahum Waq̣aala laa- g̣aaliba lakumul yawma minan naasi wa-ʹinnee jaarul lakum. Falammaa taraaaʹatil fiʹataani nakaṣa ʻalaa ʻaq̣ibayhi wa-q̣aala ʹinnee bareeeʹum miñkum ʹinneee ʹaraa Maa laa- tarawna ʹinneee ʹakhaaful laah; wallaahu Shadeedul ʻiq̣aab.
އަދި شيطان އެމީހުންނަށް އެބަހީ: مشرك ންނަށް - އެމީހުންގެ ނުބައި عمل ތައް ޒީނަތްތެރިކޮށްދިންހިނދު އޭނާ އެމީހުންނަށް ބުންޏެވެ. މިއަދު މީސްތަކުންކުރެ އެކަކުވެސް ކަލޭމެންގެ މައްޗަށް ގަދަނުވާނެއެވެ. އަހުރެން މިހުރީ ކަލޭމެންގެ އަވައްޓެރި އެހީތެރިއަކަށެވެ. ދެންފަހެ ދެ لشكر އޭނާ ދުއްހިނދު އެބަހީ: مؤمن ންގެ لشكر އާއި مشرك ންގެ لشكر އޭނާ ދުއްހިނދު އޭނާ ފަހަތަށް ފަހަތަށްހުރެ ދާންފަށައިފިއެވެ. އަދި ބުންޏެވެ. ހަމަކަށަވަރުން އަހުރެން މިވަނީ ކަލޭމެންގެ ކިބައިން ބަރީއަވެގެންނެވެ. ކަލޭމެނަށް ނުފެންނަތަކެތި އަހުރެންނަށް އެބަފެނެއެވެ. ހަމަކަށަވަރުން އަހުރެން ﷲ އަށް ބިރުވެތިވަމެވެ. އަދި ﷲ އީ عقوبة ދެއްވުން ގަދަފަދަވަންތަވެވޮޑިގެންވާ ކަލާނގެއެވެ. شيطان ފަހަތަށް ފަހަތަށްޖެހުނީ مؤمن ންގެ لشكر ގައިވާ މަލާއިކަތްބޭކަލުން ފެނިގެންނެވެ. • ދަންނައެވެ! بَدْرُ ހަނގުރާމަ ހިނގިދުވަހު އެ ميدان އަށް شيطان ދިޔައީ مكّة ގެ ކާފަރު لشكر އަށް އެހީވާގޮތް ދައްކައިގެން بَنِي مُدْلَجُ ވަންހައިގެ سُرَاقَةُ بنُ مَالِك بنُ جَعْشَم ގެ ސިފައިގާ ސިފައިންނާވެސް އެކުގައެވެ. ދެންފަހެ އެސޮރު قريش ންގެ ކާފަރު لشكر އަށް يقين ކޮށްދީ ބުނެހެދީ، މިއަދު ކަލޭމެންގެ މައްޗަށް އެކަކުވެސް ގަދަނުވާނެކަމުގައެވެ. އެހެނީ މަވެސް މިހުރީ ހަމަ ކަލޭމެންގެ جَارُ އަކަށެވެ. އެހީތެރިއަކަށެވެ. މިގޮތުން ވަރަށް ސަޅިކަނޑާފައި އުޅެނިކޮށް مؤمن ންގެ لشكر ން ملائكة ބޭކަލުން ފެނި އަދި جبريل ވަޑައިގެން އޭނާ ހިފަހައްޓަވަން އުޅުއްވަނިކޮށް އަވަހަށް ދުވެ ރައްކާވާން އުޅެނިކޮށް مشرك ންގެމީހަކު އޭނާއަށް ގޮވާލާފައި ބުންޏެވެ. ބަލަގަ سُرَاقَة އެވެ. ކަލޭ ތިޔައީ އަހުރެމެންނަށް އެހީވާން އައިމީހަކުކަމުގައި ބުނެފައި ތިޔަދަނީ ކީއްވެގެންހެއްޔެވެ؟ އެހިނދު އެސޮރު ބުންޏެވެ. އަހުރެން މިވަނީ ކަލޭމެންގެ ކިބައިން ބަރީއަވެގެންނެވެ. ކަލޭމެންނަށް ނުފެންނަތަކެތި މަށަށް އެބަފެނެއެވެ. އަދި ﷲ އަށް އަހުރެން ބިރުވެތިވަމެވެ. ﷲ އީ ނުހަނު عقوبة ގަދަވެގެންވާ ކަލާނގެއެވެ. = تفسيرالطبري އިން =
-
49
إِذْ يَقُولُ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ غَرَّ هَـٰٓؤُلَآءِ دِينُهُمْ ۗ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٌ
ʹIẓ yaq̣oolul Munaafiq̣oona wallaẓeena fee q̣uloobihim maraḍun g̣arra haaaʹulaaaʹi Deenuhum. Wa-mañy yatawakkal ʻalal laahi faʹinnal laaha ʻAzeezun Ḥakeem.
އަދި منافق ންނާއި އަދި އެ އެބައެއްގެ ހިތްތަކުގައި (إيمان ކަމާއިމެދު ޝައްކުވުމުގެ) ބަލިކަށިކަންވާ މީހުން ބުނިހިނދު (ހަނދުމަފުޅުކުރައްވާށެވެ! އެމީހުން ބުންޏެވެ.) މިމީހުން يعني (محمّد ގެފާނާއި އެކަލޭގެފާނަށް تبع ވެގެންވާމީހުން) އެމީހުންގެ دين އެމީހުން ހެއްލުންތެރިކުރުވައިފިއެވެ. (އޭގެ مناسبة ގައި ﷲ އެންގެވިއެވެ.) އެމީހަކު ﷲ އަށް وكيل ކޮށް އިތުބާރުކޮށްފިމީހާ (ދަންނައެވެ! އެމީހަކަށް އެކަލާނގެ ފުދޭނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ. • ދަންނައެވެ! މިމީހުންނަކީ بَدْر ހަނގުރާމައަށް ނުކުތްބަޔަކުކަމުގައި ވިއެވެ. ނަމަވެސް ހަނގުރާމައިގައި ބައިވެރި ނުވެއެވެ. ކާފަރުންގެ ނިސްބަތުގައި مؤمن ންގެ لشكر ގެ މީހުން މަދުކަމުން އެމީހުން ބުނީ މި مؤمن ން މިހާގިނަ مشرك ންނާއި ހަނގުރާމަކުރަން އެނުކުތީ އެމީހުންގެ دين ގެ ސަބަބުން ހެއްލިގެންނެވެ. އެމީހުން އެހެންބުނީ مؤمن ން ދެރަވާނެކަމަށް ހީކޮށްގެނެވެ. والله أعلم)
-
50
وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ
Wa-law taraaa ʹiẓ yatawaffal laẓeena kafarul malaaaʹikatu yaḍriboona wujoohahum wa-ʹadbaarahum: wa-ẓooq̣oo ʻAẓaabal ḥareeq̣!
(އޭ رسول ﷲ އެވެ!) ކާފަރުންގެ މީހުންގެ ފުރާނަތައް ملائكة ބޭކަލުން ހިއްޕަވާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނަމައެވެ. އަދި އެބޭކަލުން އެ مشرك ންގެ މޫނުތަކުގައްޔާއި ފޫކޮޅުގައި ތަޅުއްވަމުން ވިދާޅުވެއެވެ. ކަލޭމެން އަލިފާނުގެ عذاب ގެ ރަހަ ލިބިގަންނާށެވެ. (އެއީ قيامة ދުވަހުން ދެއްވާނެ عذاب އެއްކަމުގައި ވެއެވެ.)
-
51
ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّـٰمٍ لِّلْعَبِيدِ
Ẓaalika bimaa q̣addamat ʹaydeekum wa-ʹannal laaha laysa biz̤̣allaamil lil-ʻabeed:
މި عذاب ކަލޭމެންނަށް ދެއްވަނީ ކަލޭމެން އަތްތަކުން އިސްކޮށްފައިވާ ނުބައި ކަންތައްތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން ﷲ تعالى އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގަންނަވާ ކަލަކުކަމުގައި ނުވެއެވެ.
-
52
كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ إِنَّ ٱللَّهَ قَوِىٌّ شَدِيدُ ٱلْعِقَابِ
Kadaʹbi ʹAali Firʻawna wal-laẓeena miñ q̣ablihim: kafaroo biʹAayaatil laahi faʹakhaẓahumul laahu biẓunoobihim. ʹInnal laaha Q̣awiyyuñ Shadeedul ʻiq̣aab.
فرعون އާއި އަދި އޭގެކުރީގެ މީހުންގެ އާދަފަދައިންނެވެ. (އެބަހީ: بَدْر ހަނގުރާމައިގައި މަރުވެދިޔަ ކާފަރުންނަށްވެސް އެދިމާވީ فرعون އާއި ދެންވެސް އެބާވަތުގެ ނުބައި ނުލަފާ މީހުންނަށް ދިމާވިފަދައިންނެވެ.) އެމީހުންވެސް ﷲ ގެ އާޔަތްތަކަށް ކާފަރުވީއެވެ. ދެން ﷲ تعالى އެމީހުން ހިއްޕަވައި ހަލާކުކުރެއްވީއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ އަދި عقوبة ދެއްވުން ގަދަފަދަވަންތަ ކަލާނގެއެވެ.
-
53
ذَٰلِكَ بِأَنَّ ٱللَّهَ لَمْ يَكُ مُغَيِّرًا نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۙ وَأَنَّ ٱللَّهَ سَمِيعٌ عَلِيمٌ
Ẓaalika biʹannal laaha lam yakumu g̣ayyiran niʻmatan ʹanʻamahaa ʻalaa q̣awmin ḥattaa yug̣ayyiroo maa- biʹañfusihim wa-ʹannal laaha Sameeʻun ʻAleem:
އެހެންއެވީ، (އެބަހީ: بدر ހަނގުރާމައިގެ ދުވަހު ކާފަރުންނަށް އެހާބޮޑު عذاب އެއް ދެއްވައި ހަލާކުކުރެއްވީ އެމީހުންގެ ނުކިޔަމަންތެރިކަމުގެ ސަބަބުންނެވެ. އެހެނީ ހަމަކަށަވަރުން އެއްވެސް ބައެއްގެ މައްޗަށް ﷲ تعالى ދެއްވާފައިވާ نعمة، އެބައެއްގެ نفس ގައިވާ ކަންތައް އެބަޔަކު އަމިއްލައަށް ބަދަލުކޮށް تغيّر ކޮށްފުމަށްދާންދެން ﷲ تعالى އެބަޔަކަށް އެދެއްވި نعمة ބަދަލު ނުކުރައްވައެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ. • ދަންނައެވެ! قريش ންގެމައްޗަށް ﷲ ދެއްވި نعمة އަކީ ﷲ تعالى އެކަލާނގެ މާތް رسول އާ އެމީހުންގެތެރެއަށް ފޮނުއްވުމެވެ. ދެންފަހެ އެމީހުން އަމިއްލައަށް އެ نعمة ބަދަލުކުރީއެވެ. އެމާތް رسول އާއަށް إيمان ނުވެ، އަދި އެކަލޭގެފާނު ދޮގުކޮށް، އެރަށުން ނެރެ އަދި އެކަލޭގެފާނާ ހަނގުރާމަކުރުމެވެ. ދެންފަހެ ﷲ تعالى ދެއްވި އެބޮޑު نعمة ބަދަލުކުރައްވައި އެމީހުން ހަލާކު ކުރެއްވީއެވެ. އެއީ އިސްވެދިޔަ އެފަދަމީހުންނަށް އެކަލާނގެ ހެއްދެވިގޮތެވެ. (سُنَّةُ ﷲ وَلَن تَجِدَ لِسُنَّةِ اللَّهِ تَبْدِيِلاً)
-
54
كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِ رَبِّهِمْ فَأَهْلَكْنَـٰهُم بِذُنُوبِهِمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ ۚ وَكُلٌّ كَانُوا۟ ظَـٰلِمِينَ
Kadaʹbi ʹAali Firʻawna wallaẓeena miñ q̣ablihim: kaẓẓaboo biʹAayaati Rabbihim faʹahlaknaahum̃ biẓunoobihim wa-ʹag̣raq̣naaa ʹAala Firʻawn: wa-kulluñ kaanoo z̤̣aalimeen.
فرعون އާއި އޭނާގެ آلُ ންނާއި އަދި އެމީހުންގެ ކުރީގެ މީހުން ފަދައެވެ. (އެބަހީ: مكّة ގެ قريش ންގެ مشرك ންވެސް فرعون ގެ آلُ ންނާއި އަދި އެމީހުންގެ ކުރިން ވޭތިވެދިޔަ އެބާވަތުގެ ކާފަރުންނެކޭ ހަމައެއްގޮތެވެ.) އެމީހުން އެމީހުންގެ رَبّ ގެ އާޔަތްތައް ދޮގުކުރީއެވެ. (މިމީހުންވެސް މިމީހުންގެ رَبّ ގެ އާޔަތްތައް ދޮގުކުރަނީއެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ފާފަތަކުގެ ސަބަބުން އެމީހުން ހިއްޕަވާ ހަލާކުކުރެއްވީމެވެ. (މިމީހުންވެސް އީމާންނުވިއްޔާ އެންމެފަހުން ވާނީ އެހެންނެވެ.) އަދި فرعون އާއި އޭނާގެ މީހުން ކަނޑުގައި ތިމަންރަސްކަލާނގެ غرق ކުރެއްވީމެވެ. އެއެންމެންވީ އަނިޔާވެރިންކަމުގައެވެ.
-
55
إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُوا۟ فَهُمْ لَا يُؤْمِنُونَ
ʹInna sharrad dawaaabbi ʻiñdal laahil laẓeena kafaroo fahum laa- yuʹminoon.
ﷲ ގެ حضرة ގައި އެންމެނުބައި دابّة އަކީ ދިރޭ އެއްޗަކީ ކާފަރުންނެވެ. ފަހެ އެމީހުން إيمان ނުވެއެވެ. (ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން ތެދު ނުކުރެއެވެ.)
-
56
ٱلَّذِينَ عَـٰهَدتَّ مِنْهُمْ ثُمَّ يَنقُضُونَ عَهْدَهُمْ فِى كُلِّ مَرَّةٍ وَهُمْ لَا يَتَّقُونَ
ʹAllaẓeena ʻaahatta min-hum s̤umma yañq̣uḍoona ʻahdahum fee kulli marratiñw wahum laa- yattaq̣oon.
އެމީހުންނަކީ ކަލޭގެފާނު އެމީހުންނާ عهد ކޮށް އެގްރީމެންޓުކުރި މީހުންނެވެ. (އެއީ ދެފަރާތުގައި صُلْحَ ވެރިކަން ބާއްވައި އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ނުކުރުމަށާއި ހަނގުރާމަކުރާބަޔަކާ އެހީނުވުމަށާ ދެންވެސް އެބާވަތުގެ ކަންކަމުގައެވެ. އެއީ بَنِي قُرَيْظَة އާއި އެފަދަ މީހުންނެވެ.) ދެން އެމީހުން عهد ކުރި ކޮންމެފަހަރަކު عهد އުވާލައެވެ. އަދި އެމީހުން (ﷲ އަށް) ބިރުނުގަނެއެވެ. / ނުވަތަ އެ عهد އަށް ރައްކާތެރި ނުވެއެވެ.
-
57
فَإِمَّا تَثْقَفَنَّهُمْ فِى ٱلْحَرْبِ فَشَرِّدْ بِهِم مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ
Faʹimmaa tas̤q̣afannahum fil ḥarbi fasharrid bihim man khalfahum laʻallahum yaẓẓakkaroon.
ފަހެ ކަލޭގެފާނަށް ހަނގުރާމައިގައި އެމީހުންނާއި ބައްދަލުވެ އެމީހުންގެ މައްޗަށް ކުޅަދާނަވެއްޖެއްޔާ އެމީހުންގެ ފަހަތުގައިތިބި އެބާވަތުގެ މީހުން މިމީހުންގެ ސަބަބުން ބައިބައިވެ ވަކިވަކިވެގެންދާވަރުގެ އަދަބެއްދީ عقوبة ދެއްވާށެވެ. އެއީ އެބާވަތުގެ ކަމެއް ދެން ކުރަން ނުކެރޭވަރުކޮށްލުމަށެވެ. އެމީހުންނަށް عبرة އަކަށްވެ نصيحة ލިބިގަނޭތޯއެވެ.
-
58
وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَٱنۢبِذْ إِلَيْهِمْ عَلَىٰ سَوَآءٍ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْخَآئِنِينَ
Wa-ʹimmaa takhaafanna miñ q̣awmin khiyaanatañ fambiẓ ʹilayhim ʻalaa sawaaaʹ: ʹinnal laaha laa- yuḥibbul khaaaʹineen.
އަދި ބަޔަކުމީހުންގެ ފަރާތުން خيانة އެއްވުމުގެ ބިރުވެރިކަމެއް ކަލޭގެފާނަށް ވެއްޖެއްޔާ (އެބަހީ: عهد އުވާލުންފަދަ خيانة އެއްގެ ބިރުވެރިކަންވެއްޖެއްޔާ) ކަލޭގެފާނުވެސް އެމީހުންނަށް ހަމައެގޮތަށް އެކަން އެއްލައި ދެފަރާތް ހަމަހަމަކުރާށެވެ. (އެބަހީ: ކަލޭގެފާނުވެސް عهد އުވާލައި ހަނގުރާމައަށް ހުޅުވިގެންވާކަން އަންގާށެވެ. މިނުނު ނާޅިން މިނާގޮތަށެވެ.) އެހެނީ ހަމަކަށަވަރުން خيانة ތެރިންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
-
59
وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوا۟ سَبَقُوٓا۟ ۚ إِنَّهُمْ لَا يُعْجِزُونَ
Wa-laa yaḥsabannal laẓeena kafaroo sabaq̣oo: ʹinnahum laa- yuʻjizoon.
ކާފަރުންގެމީހުން (އަތުނުވެ) ދުވެކުރިއަރާ ދެވޭނެކަމަށް އެމީހުން ހީނުކުރާހުށިކަމެވެ. ހަމަކަށަވަރުން އެމީހުންނަށް ތިމަންރަސްކަލާނގެ ނުކުޅައްދައެއް ނުލެވޭނެއެވެ.
-
60
وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمْ وَءَاخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ ٱللَّهُ يَعْلَمُهُمْ ۚ وَمَا تُنفِقُوا۟ مِن شَىْءٍ فِى سَبِيلِ ٱللَّهِ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ
Wa-ʹaʻiddoo lahum mas taṭaʻtum miñ q̣uwwatiñw wamir ribaaṭil khayli turhiboona bihee ʻaduwwal laahi wa-ʻaduwwakum wa-ʹaakhareena miñ doonihim, laa- taʻlamoonahu mullaahu yaʻlamuhum. Wa-maa tuñfiq̣oo miñ shayʹiñ fee Sabeelil laahi yuwaffa ʹilaykum waʹañtum laa- tuz̤̣lamoon.
އަދި އެމީހުންނާ ހަނގުރާމަކުރުމަށް ބާރާއި ހަތިޔާރުގެތެރެއިންނާއި އަދި (ހަނގުރާމަމަތީ) އަސްބަނދެގެންނާއި މިހުރިހާ ގޮތަކުން ކުޅަދާނަވީހާ ވަރަކަށް ކަލޭމެން (مؤمن ން) ތައްޔާރުކުރާށެވެ! އެކަމުގެ ސަބަބުން ﷲ ގެ عدوّ ންނާއި ކަލޭމެންގެ عدوّ ން ބިރުގެންނެވުމަށެވެ. އަދި މިމީހުން ފިޔަވައި އެހެންބަޔަކުވެސް ބިރުގެންނެވުމަށެވެ. އެބަޔަކު ކަލޭމެންނަކަށް ނޭނގެއެވެ. އެބަޔަކު ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ ގެ މަގުގައި ކަލޭމެން އެހޭދަކުރި ކޮންމެއެއްޗެއް އެއެއްޗަކަށް ބަރާބަރު ފުރިހަމަ ޖަޒާއެއް ދެއްވާހުއްޓެވެ. އަދި ކަލޭމެނަށް އަނިޔާނުވެވޭހުއްޓެވެ. (މިއާޔަތުގައި މިނަންގަނެވިގެންވާ މީސްތަކުންނަށް ނޭނގޭ އަދި ﷲ އެބަޔަކު ދެނެވޮޑިގެންވާ ބަޔަކީ ކޮންބައެއްކަމާމެދު ބަސްތަފާތު ވެގެންވެއެވެ. އެއީ بَنُوْ قُرَيْظَة ކަމުގައި ބުނެވުނެވެ. އެއީ فارس ކަރައިގެ މީހުންކަމުގައި ބުނެވުނެވެ. އަދި އެއީ منافق ންކަމުގައި ބުނެވުނެވެ. އަދި އެއީ جنّ ންކަމުގައި ބުނެވުނެވެ. والله أعلم)
-
61
۞ وَإِن جَنَحُوا۟ لِلسَّلْمِ فَٱجْنَحْ لَهَا وَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
Wa-ʹiñ janaḥoo lissalmi fajnaḥ lahaa wa-tawakkal ʻalal laah: ʹinnahoo Huwas Sameeʻul ʻAleem.
އަދި އެމީހުން އެބަހީ އެކާފަރުން ހަނގުރާމަނުކޮށް صُلْحَ ވުމަށް ލެނބި އެކަމަށް އެދޭނަމަ ކަލޭގެފާނުވެސް އެމީހުންނާއި صُلْحَ ވުމަށް ލެނބި (صُلح ވުމުގެ قواعد ގެމަތީން) صلح ވާށެވެ. އަދި ﷲ އަށް وكيل ކޮށް އެކަލާނގެއަށް އިތުބާރުކުރާށެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
62
وَإِن يُرِيدُوٓا۟ أَن يَخْدَعُوكَ فَإِنَّ حَسْبَكَ ٱللَّهُ ۚ هُوَ ٱلَّذِىٓ أَيَّدَكَ بِنَصْرِهِۦ وَبِٱلْمُؤْمِنِينَ
Wa-ʹiñy yureedooo ʹañy yakhdaʻooka faʹinna ḥasbakal laah. Huwal laẓeee ʹayyadaka binaṣrihee wa-bil-Muʹmineen.
އަދި އެމީހުން ކަލޭގެފާނަށް މަކަރުހަދާ ކެހިދޭން قصد ކުރަންޏާވެސް ﷲ تعالى ކަލޭގެފާނަށް ފުދިވޮޑިގެންވެއެވެ. ނުވަތަ އެކަލާނގެ ކަލޭގެފާނަށް ފުއްދަވައިދެއްވާނެއެވެ. އެކަލާނގެ نصر ން نصر ދެއްވައިގެންނާ އަދި مؤمن ންގެ ފަރާތުން (أنصاريّ ބޭކަލުންގެ ފަރާތުން) ކަލޭގެފާނަށް نصر ދެއްވައި ކަލޭގެފާނުންގެ ކަންތައް ގަދަކޮށްދެއްވީ ހަމަ އެކަލާނގެއެވެ.
-
63
وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِى ٱلْأَرْضِ جَمِيعًا مَّآ أَلَّفْتَ بَيْنَ قُلُوبِهِمْ وَلَـٰكِنَّ ٱللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُۥ عَزِيزٌ حَكِيمٌ
Wa-ʹallafa bayna q̣uloobihim. Law ʹañfaq̣ta maa- fil ʹarḍi jameeʻam maaa ʹallafta bayna q̣uloobihim wa-laakinnal laaha ʹallafa baynahum; ʹinnahoo ʻAzeezun Ḥakeem.
އަދި އެކަލާނގެ އެބައިމީހުންގެ (އެބަހީ: أنصارىّ ބޭކަލުންކުރެ أَوْسُ ވަންހަޔާއި خَزْرَجُ ވަންހަޔާއި ދެބައިމީހުންގެ) ހިތްތައް އެކުވެރިކުރައްވައި އެއްކުރެއްވިއެވެ. ބިންމަތީގައިވާހާ ތަކެތި ހޭދަކޮށްގެން ކަލޭގެފާނު އެމީހުން އެކުވެރިކުރައްވަން މަސައްކަތް ކުރެއްވިނަމަވެސް) ކަލޭގެފާނަށް އެމީހުން އެކުވެރި ނުކުރެއްވުނީހެވެ. އަދި އެހެނެއްކަމަކު ﷲ އެމީހުންގެ ދެމެދު އެކުވެރިކުރެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
64
يَـٰٓأَيُّهَا ٱلنَّبِىُّ حَسْبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ
Yaaaʹayyuhan nabiyyu ḥasbukal lahu wa-manit tabaʻaka minal Muʹmineen.
އޭ نبيّ އާއެވެ! ކަލޭގެފާނަށާއި مؤمن ންގެތެރެއިން ކަލޭގެފާނަށް تبع ވެގެންވާ މީހުންނަށް ﷲ ފުދެއެވެ. (އެބަހީ: މީސްތަކުންގެ ނުބައިކަމުން دفاع ކޮށްދެއްވުމަށް ﷲ ފުދެއެވެ.)
-
65
يَـٰٓأَيُّهَا ٱلنَّبِىُّ حَرِّضِ ٱلْمُؤْمِنِينَ عَلَى ٱلْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَـٰبِرُونَ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُم مِّا۟ئَةٌ يَغْلِبُوٓا۟ أَلْفًا مِّنَ ٱلَّذِينَ كَفَرُوا۟ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ
Yaaaʹayyuhan Nabiyyu ḥarriḍil Muʹmineena ʻalal q̣itaal. ʹIñy yakum miñkum ʻishroona ṣaabiroona yag̣liboo miʹatayn; wa-ʹiñy yakum miñkum miʹatuñy yag̣libooo ʹalfam minal laẓeena kafaroo biʹannahum q̣awmul laa yafq̣ahoon.
އޭ نبيّ އާއެވެ! ހަނގުރާމަ ކުރުމުގެ މައްޗަށް مؤمن ތަކުންނަށް ކަލޭގެފާނު ހިތްވަރުދެއްވާ އެދުންވެރިކުރައްވާވާށެވެ. ކަލޭމެންގެ (مؤمن ންގެ) ތެރޭގައި ކެތްތެރި ވިހިމީހުން ތިބިއްޔާ (ކާފަރުންގެ) ދުއިސައްތަ މީހުންގެމައްޗަށް ގަދަވާނެއެވެ. އަދި ކަލޭމެންގެތެރޭގައި (ކެތްތެރި) ސަތޭކަމީހުން ތިބިއްޔާ ކާފަރުންގެ އެއްހާސް މީހުންގެމައްޗަށް ގަދަވާނެއެވެ. އެހެނީ ހަމަކަށަވަރުން އެމީހުންނަކީ ނުވިސްނޭ ބައެކެވެ. (މިއީ އިސްލާމްދީން ފެށިގަތްތާ ކުރީކޮޅުގެ قواعد އެވެ.)
-
66
ٱلْـَٔـٰنَ خَفَّفَ ٱللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِن يَكُن مِّنكُم مِّا۟ئَةٌ صَابِرَةٌ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوٓا۟ أَلْفَيْنِ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ
ʹAlʹaana khaffafal laahu ʻañkum wa-ʻalima ʹanna feekum ḍaʻfaa. Faʹiñy yakum miñkum miʹatuñ Ṣaabiratuñy yag̣liboo miʹatayn. Wa-ʹiñy yakum miñkum ʹalfuñy yag̣libooo ʹalfayni biʹiẓnil laah: wallaahu maʻaṣ Ṣaabireen.
މިހާރު ﷲ تعالى ކަލޭމެންނަށް ލުއިކޮށްދެއްވައިފިއެވެ. އަދި ކަލޭމެންގައި ضَعِيْفُ ކަން އެބަހީ ބަލިކަށިކަން ހުރިކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ އެހެންވެ، ކަލޭމެންގެތެރޭގައި ކެތްތެރި ސަތޭކަމީހުންވަންޏާ (ކާފަރުންގެ) ދުއިސައްތަމީހުންގެމައްޗަށް ގަދަވާނެއެވެ. އަދި ކަލޭމެންގެތެރޭގައި އެއްހާސްމީހުން ވަންޏާ އެމީހުންގެ ދެހާސްމީހުންގެ މައްޗަށް ގަދަވާނެއެވެ. އެއީ ﷲ ގެ އިޒުނަފުޅުންނެވެ. އަދި ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައެވެ. މިއީ މިހާރުގެ قواعد އެވެ.
-
67
مَا كَانَ لِنَبِىٍّ أَن يَكُونَ لَهُۥٓ أَسْرَىٰ حَتَّىٰ يُثْخِنَ فِى ٱلْأَرْضِ ۚ تُرِيدُونَ عَرَضَ ٱلدُّنْيَا وَٱللَّهُ يُرِيدُ ٱلْـَٔاخِرَةَ ۗ وَٱللَّهُ عَزِيزٌ حَكِيمٌ
Maa- kaana li-Nabiyyin ʹañy yakoona lahooo ʹasraa ḥattaa yus̤khina fil ʹarḍ. Tureedoona ʻaraḍad dunyaa, wallaahu yureedul ʹAakhirah: wallaahu ʻAzeezun Ḥakeem.
ހަނގުރާމައިގައި ހިފި ހައްޔަރުވާ ކާފަރުން (فِدْيَة ދީފާ ދޫކޮށްލުމަށް) އަސީރުންގެ ގޮތުގައި ބެއިތިއްބުމީ އެއްވެސް ނަބީއަކަށް އޮތްކަމެއްނޫނެވެ. ބިމުގައި އެކާފަރުން މަރައި ގިނަވެއްޖައުމަށްދާންދެނެވެ. (އެބަހީ: އެކާފަރުން މަރައި ބިމުގައި ގިނަލެއިތައް އޮހޮރުވައިލުން ހުއްޓެވެ.) އަދި ކަލޭމެން (އެމީހުން ހައްޔަރުކޮށް އަސީރުކުރުމުގައި) ތިޔަ އެދެނީ ދުނިޔޭގެ ތަކެއްޗާއި ދުނިޔޭގެ ބޭނުމެވެ. އަދި ﷲ އެދިވޮޑިގަންނަވަނީ آخرة އެވެ. އެތާނގެ ދަރުމަޔާ ثواب އެވެ. އަދި ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
68
لَّوْلَا كِتَـٰبٌ مِّنَ ٱللَّهِ سَبَقَ لَمَسَّكُمْ فِيمَآ أَخَذْتُمْ عَذَابٌ عَظِيمٌ
Law-laa Kitaabum minal laahi sabaq̣a lamassakum fee-maaa ʹakhaẓtum ʻaẓaabun ʻaz̤̣eem.
ﷲ ގެ حضرة ން ފޮތެއް އިސްވެގޮސްފައިނުވާނަމަ ކަލޭމެން ތިޔަ ހިފިތަކެތީގެ ސަބަބުން ކަލޭމެންނަށް ބޮޑުވެގެންވާ عذاب އެއް އަތުވެއްޖައީހެވެ. (އެބަހީ: ﷲ ގެ ނިޔާގައި بَدْر ހަނގުރާމައިގެ أهل ވެރީންނަށް ފާފަފުއްސެވުން އިސްވެގޮސްފައިނުވާނަމަ ހައްޔަރުވި ކާފަރުން އަތުން فدية ނަންގަވާފައި އެމީހުން ދޫކޮށްލުމުގެ ސަބަބުން ބޮޑުވެގެންވާ عذاب އަތުވެއްޖައީހެވެ.)\n• މިދެތިން އާޔަތުގައި މިވަނީ بدر ހަނގުރާމައިގައި ހައްޔަރުވި ކާފަރުންގެ އަތުން فدية ނަންގަވާ ދޫކޮށްލުމާމެދު އައިސްފައިވާ ބައެއް خبر އެވެ. ކޮންމެއަކަސް فدية ނަގައި އެމީހުން ދޫކޮށްލުމަކީ ﷲ އެދިވޮޑިގެންނެވިގޮތެއް ކަމުގައި ނުވިއެވެ. އެވާހަކައިގެ تفصيل ތައް حديث ފޮތްތަކާއި سيرة ފޮތްތަކުގައި ރަނގަޅަށް ބަޔާންވެގެންވެއެވެ.)
-
69
فَكُلُوا۟ مِمَّا غَنِمْتُمْ حَلَـٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Fakuloo mimmaa g̣animtum ḥalaalañ ṭayyibaa; watta q̣ullaah: ʹinnal laaha G̣afoorur Raḥeem.
ފަހެ ކަލޭމެން غنيمة ކުރި ތަކެތީގެތެރެއިން ރަނގަޅު حلال ތަކެތި ކަލޭމެން ކާށެވެ! (އެބަހީ: ﷲ ކަލޭމެނަށް حلال ކަމުގައި ދެއްކެވި އެއްޗެއްގެ ބޭނުންކުރާށެވެ!) އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
70
يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّمَن فِىٓ أَيْدِيكُم مِّنَ ٱلْأَسْرَىٰٓ إِن يَعْلَمِ ٱللَّهُ فِى قُلُوبِكُمْ خَيْرًا يُؤْتِكُمْ خَيْرًا مِّمَّآ أُخِذَ مِنكُمْ وَيَغْفِرْ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
Yaaaʹayyuhan Nabiyyu q̣ul limañ feee ʹaydeekum minal ʹasraaa ʹiñy yaʻlamil laahu fee q̣uloobikum khayrañy yuʹtikum khayram mimmaaa ʹukhiẓa miñkum wa-yag̣fir lakum: wallaahu G̣afoorur Raḥeem.
އޭ نبي ކަލޭގެފާނެވެ! ކަލޭގެފާނުންގެ އަތްޕުޅުގައި ހަނގުރާމައިގެ އަސީރުންގެގޮތުގައި ހައްޔަރުވެފައިތިބިމީހުނަށް ވިދާޅުވާށެވެ! ކަލޭމެންގެ ހިތްތަކުގައި އެއްވެސް ހެޔޮކަމެއްވާކަމުގައި (އެބަހީ: إسلام ކަމާއި إيمان ކަމުގެ އެއްވެސް މިންވަރެއް ވާކަމުގައި) ﷲ ދެނެވޮޑިގެންވަންޏާ (އެކަލާނގެ ހުރިހާކަމެއްވެސް ދެނެވޮޑިގެންވެއެވެ.) ކަލޭމެންގެއަތުން فدية ގެގޮތުގައި ނެގެވުނުތަކެއްޗަށްވުރެ މާހެޔޮތަކެތި އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ. އަދި އެކަލާނގެ ކަލޭމެނަށް ފުއްސަވާނެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
71
وَإِن يُرِيدُوا۟ خِيَانَتَكَ فَقَدْ خَانُوا۟ ٱللَّهَ مِن قَبْلُ فَأَمْكَنَ مِنْهُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
Wa-ʹiñy yureedoo khiyaanataka faq̣ad khaanul laaha miñ q̣ablu faʹamkana minhum. Wallaahu ʻAleemun Ḥakeem.
އަދި އެމީހުން ކަލޭގެފާނަށް خيانة ތެރިވުމަށް قصد ކުރަންޏާވެސް (އެބަހީ: إيمان ނުވެ ތިބެ إيمان ވީކަމުގައި ފައުޅުކުރިޔަސް އެއީ عجائب ކަމެއްނޫނެވެ.) އެމީހުން އެތިބީ އޭގެކުރިން ﷲ އަށް خيانة ތެރިވެފައެވެ. (އެމީހުން އެކަލާނގެއަށް ކާފަރުވެ އަދި ކަލޭގެފާނާއި ހަނގުރާމަ ކުރީއެވެ.) ދެންފަހެ ބަދުރު ހަނގުރާމައިގައި އެމީހުން އަތުލައިގަނެވޭނެގޮތް އެކަލާނގެ ހަމަޖެއްސެވިއެވެ. ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.
-
72
إِنَّ ٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ وَٱلَّذِينَ ءَامَنُوا۟ وَلَمْ يُهَاجِرُوا۟ مَا لَكُم مِّن وَلَـٰيَتِهِم مِّن شَىْءٍ حَتَّىٰ يُهَاجِرُوا۟ ۚ وَإِنِ ٱسْتَنصَرُوكُمْ فِى ٱلدِّينِ فَعَلَيْكُمُ ٱلنَّصْرُ إِلَّا عَلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
ʹInnal laẓeena ʹaamanoo wa-haajaroo wa-jaahadoo biʹamwaalihim wa-ʹañfusihim fee Sabeelil laahi wallaẓeena ʹaawaw Wanaṣarooo ʹulaaaʹika baʻḍuhum ʹawliyaaaʹu baʻḍ. Wallaẓeena ʹaamanoo wa-lam yuhaajiroo maa- lakum miñw walaayatihim miñ shayʹin ḥattaa yuhaajiroo; wa-ʹinis tañṣarookum fid deeni faʻalayku munnaṣru ʹillaa ʻalaa q̣awmim baynakum wa-baynahum Mees̤aaq̣. Wallaahu bimaa taʻmaloona Baṣeer.
ހަމަކަށަވަރުން إيمان ވެގެން އަދި هجرة އަށް ދިޔަ މީސްތަކުން (މިއީ مُهاجر ންގެ ވާހަކައެވެ.) އަދި އެމީހުންގެ ޖާނާމާލުން ﷲ ގެ މަގުގައި جهاد ކުރިމީހުންނާއި - އަދި (هجرة އަށް ދިޔަމީހުންނަށް ގޯތިގެދޮރު ހަމަޖައްސައިދީ އަދި އެމީހުންނަށް نصر ދިންމީހުން (ދަންނައެވެ!) (މިމީހުންނަކީ مدينة ގެ أنصارىّ ބޭކަލުންނެވެ.) މިދެބައިމީހުން އެއީ އޭގެ އެއްބަޔަކު އަނެއްބައެއްގެ ސަހަރޯވެރިންނެވެ. = (عَداَوة ތެރިންގެމައްޗަށް އެއްއަތެކެވެ. އެއްބަޔަކީ އަނެއްބައެއްގެ أخ ންނެވެ. (وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّهِ ۗ) މިއާޔަތް ބާވައިލައްވަންދެން ދެބައިމީހުންގެ ދެމެދުގައި ވާރުތަވުންވެސް އޮތްކަމުގައިވިއެވެ.) އަދި إيمان ވެގެން مدينة އަށް هجرة އަށް ނުގޮސްތިބިމީހުން (ދަންނައެވެ!) އެމީހުންގެ ސަހަރޯވެރިކަމުގެ އެއްވެސްކަމެއް ކަލޭމެންނަކަށް ނުވެއެވެ. (އެބަހީ: އެމީހުންނަށް އެހީވެ ވާރުތަކުރުމުގެ އެއްވެސްކަމެއް ކަލޭމެންނަށް واجب އެއްނޫނެވެ. އެއީ އެމީހުން هجرة އަށް ދާންދެނެވެ. އެކަމަކު އެމީހުން ދީނުގެގޮތުން ކަލޭމެންގެކިބައިން نصر އާއި ވާގިވެރިކަން އެދެފިއްޔާ (އެބަހީ: مشرك ންނާއި އިދިކޮޅަށް ހަނގުރާމަކުރުމަށް نصر އެދެފިއްޔާ) އެމީހުންނަށް نصر ދިނުން ކަލޭމެނަށް واجب އެވެ. ނަމަވެސް އެބަޔަކާއި ކަލޭމެނާއި ދެމެދު (ހަނގުރާމަކުރުމުގެ) عهد އެއްވާ ބަޔަކާ އިދިކޮޅަށް نصر ދީ އެހީވުމެއްނެތެވެ. އަދި ﷲ އީ ކަލޭމެންކުރާ ކަންތައްތައް ދެކެވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
-
73
وَٱلَّذِينَ كَفَرُوا۟ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُن فِتْنَةٌ فِى ٱلْأَرْضِ وَفَسَادٌ كَبِيرٌ
Wallaẓeena kafaroo baʻḍuhum ʹawliyaaaʹu baʻḍ: ʹillaa tafʻaloohu takuñ fitnatuñ fil ʹarḍi wa-fasaaduñ kabeer.
އަދި ކާފަރުވީ މީސްތަކުން އޭގެ އެއްބަޔަކު އެއީ އަނެއްބައެއްގެ ސަހަރޯވެރިންނެވެ. (އެއްބަޔަކު އެއީ އަނެއްބައެއްގެ نصر ވެރިންނެވެ. ވާގިވެރިންނެވެ. އަދި ކަލޭމެން (مؤمن ން) އެކަން ނުކުރިއްޔާ - އެބަހީ ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް ދީނުގެ ގޮތުން نصر ނުދީފިއްޔާ ނުވަތަ ވާރުތަނުކުރިއްޔާ ބިންމަތީގައި فتنة އަކަށް ވާނެއެވެ. އަދި ބޮޑު ފަސާދައަކަށް ވާނެއެވެ.
-
74
وَٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ
Wallaẓeena ʹaamanoo wa-haajaroo wa-jaahadoo fee Sabeelil laahi wallaẓeena ʹaawaw Wanaṣarooo ʹulaaaʹika humul Muʹminoona ḥaq̣q̣aa: lahum mag̣firatuñw warizq̣uñ Kareem.
އަދި އީމާންވެގެން مدينة އަށް هجرة އަށްގޮސް އަދި ﷲ ގެ މަގުގައި جهاد ކުރި މީހުންނާއި (އެބަހި: مُهَاجِرِىَّ ބޭކަލުންނާއި) އަދި އެމީހުންނަށް ގޮވަތިގެދޮރުދީ نصر ދިން މީހުންނާއި (އެބަހީ: مدينة ގެ أنصارىّ ބޭކަލުންނާއި) އެދެބައިމީހުންނަކީ ކަނޑައެޅިގެން حقّ مؤمن ންނެވެ. އެމީހުންނަށް ހުރީ ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުޤެވެ.
-
75
وَٱلَّذِينَ ءَامَنُوا۟ مِنۢ بَعْدُ وَهَاجَرُوا۟ وَجَـٰهَدُوا۟ مَعَكُمْ فَأُو۟لَـٰٓئِكَ مِنكُمْ ۚ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَـٰبِ ٱللَّهِ ۗ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌۢ
Wallaẓeena ʹaamanoo mim baʻdu wa-haajaroo wa-jaahadoo maʻakum faʹulaaaʹika miñkum. Wa-ʹulul ʹarḥaami baʻḍuhum ʹawlaa bibaʻḍiñ fee Kitaabil laah. ʹInnal laaha bikulli shayʹin ʻAleem.
އަދި އޭގެފަހުގައި އެބަހީ މިއާޔަތް ބާވައިލެއްވުމަށްފަހު ނުވަތަ مهاجرىّ ބޭކަލުންނާއި أنْصَارىّ ބޭކަލުންގެ وِلاَيَة އަށްފަހު އެދެބައިމީހުންގެ حكم ބަޔާންކުރުމަށްފަހު ދެން އީމާންވެގެން هجرة އަށްގޮސް ކަލޭމެން مؤمن ންނާއިއެކު جهاد ކޮށްހެދި މީހުންވަނީ ހަމަ ކަލޭމެންގެ ތެރެއިންނެވެ. نصر ދިނުމާ އެހީވުމާއި ވާރުތަވުމުގެގޮތުން ކުރިން އެދިޔަ މީހުންނަށްވެސް އޮތް حكم އަދި އެ حقّ މިމީހުންގެމައްޗަށްވެސް ހަމަ އޮންނާނެއެވެ. އަދި ގާތްތިމާގެމީހުން އޭގެ އެއްބައެއްގެ މައްޗަށް އަނެއްބަޔަކު حقّ ކަންބޮޑެވެ. އައުލާވެގެންވެއެވެ. އެއީ ﷲ ގެ ފޮތުގެ حكم އެވެ. ހަމަކަށަވަރުން ﷲ تعالى އީ ހުރިހާކަމެއް - އަދި ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.