-
1
الٓمٓ
ʹAlif-Laaam-Meeem.
الم މި އަކުރުތަކާއި މިބާވަތުގެ އެންމެހައި އަކުރުތަކަކީ އޭގެ އެނގުން އަދި މުރާދެއް ހަމައެކަނި ﷲ އަށް ޚާއްސަ ވެގެންވާ އަކުރުތަކެކެވެ.
-
2
تَنزِيلُ ٱلْكِتَـٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَـٰلَمِينَ
Tañzeelul Kitaabi laa- rayba feehi mir Rabbil ʻAalameen.
މި ކީރިތި ޤުރުއާން ބާވައިލެއްވުން މިވަނީ އެއްވެސް ޝައްކެއްނެތް ގޮތުގައި ޢާލަމުތަކުގެ ވެރި رَبُّ ގެ حَضْرَة ންނެވެ. (އެއީ މަތިވެރި މާތް ﷲ އެވެ.)
-
3
أَمْ يَقُولُونَ ٱفْتَرَىٰهُ ۚ بَلْ هُوَ ٱلْحَقُّ مِن رَّبِّكَ لِتُنذِرَ قَوْمًا مَّآ أَتَىٰهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَهْتَدُونَ
ʹAm yaq̣ooloonaf taraah? Bal huwal Ḥaq̣q̣u mir Rabbika lituñẓira q̣awmam maaa ʹataahum min naẓeerim miñ q̣ablika laʻallahum yahtadoon.
އަދި ކިއެއްހެއްޔެވެ؟ އެމީހުން يعني އެ مشرك ންގެ މީހުން ބުނަނީއެވެ. އެ ޤުރްއާން އެއީ އެކަލޭގެފާނު يعني محمد ގެ ފާނު އަމިއްލަ ފުޅަށް ހައްދަވައިގެން އުޅޭ އެއްޗެކެވެ. (އޭގެ ޖަވާބުގައި ﷲ އެ އަންގަވަނީ އެވެ.) އެއްގޮތަކައްވެސް އެހެންނޫނެވެ. އެއީ ހަމަ ޙައްޤެވެ. ކަލޭގެފާނުންގެ رَبُّ حَضْرَةُ ން ވާފޮތެކެވެ. އެއީ ކަލޭގެފާނުންގެ ކުރިން އެއްވެސް نَذِيْرُ އަކުއައިސްފައިނުވާބަޔަކަށް إنْذَارُ ކުރެއްވުމަށްޓަކައެވެ. އެމީހުންނަށް ތެދުމަގު ލިބުމުގެ އުއްމީދުގައެވެ. އެއީ مَكَّة ގެ عَرَبِى ންނެވެ.
-
4
ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ مَا لَكُم مِّن دُونِهِۦ مِن وَلِىٍّ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ
ʹAllaahul laẓee khalaq̣as samaawaati wal-ʹarḍa wa-maa baynahumaa fee sittati ʹAyyaamiñ s̤ummas tawaa ʻalal ʻArsh: maa- lakum miñ doonihee miñw waliyyiñw walaa- shafeeʻ: ʹafalaa tataẓakkaroon?
ﷲ އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތި ހަދުވަހެއްގެޔެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން عَرْشِ އަށް އެކަލާނގެ اسْتِوَى ވެވޮޑިގެންނެވިއެވެ. އެކަލާނގެފިޔަވައި ކަލޭމެންނަށް އެހެން އެއްވެސް ސަހަރޯވެރިއަކު އަދި شَفَاعَة ތެރިއަކުވިޔަސްނުވެއެވެ. ކަލޭމެންފަހެ عِبْرَة حَاصِلُ ކޮށް ފިކުރުކޮށް ނުހަދާނެ ހެއްޔެވެ؟
-
5
يُدَبِّرُ ٱلْأَمْرَ مِنَ ٱلسَّمَآءِ إِلَى ٱلْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥٓ أَلْفَ سَنَةٍ مِّمَّا تَعُدُّونَ
Yudabbirul ʹamra minas samaaaʹi ʹilal ʹarḍi s̤umma yaʻruju ʹilayhi fee yawmiñ kaana miq̣daaruhooo ʹalfa sanatim mimmaa taʻuddoon.
(خَلْقُ ތަކުންނާއިމެދު) އުޑުން ބިމަށް އެކަލާނގެ ކަންތައްތައް ތަދުބީރުކުރަށްވައެވެ. ދެން އެކަލާނގެ حَضْرَةُ އަށްއެއަމުރުފުޅުއަރައެވެ. ނުވަތަ އަމުރުވެވިފައިވާ ހިސާބަކަށް މަލާއިކަތްބޭކަލުން އަރާވަޑައި ގަންނަވައެވެ. އެއީ ކަލޭމެން ޢަދަދުކުރާގޮތުން އެއްހާސްއަހަރުގެ މުއްދަތުވާ ދުވަހެއްގައެވެ. ދަންނައެވެ. * މިއާޔަތުގެ ތަފުސީރު ވަރަށްގިނަގޮތްގޮތަށް ލިޔެވިގެންވެއެވެ. އަޅުގަޑު އެވާހަކަތައް ދައްކާކަށް ނެތީމެވެ. އެވާހަކަ ހަދާންކޮށްދިނީއެވެ.
-
6
ذَٰلِكَ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْعَزِيزُ ٱلرَّحِيمُ
Ẓaalika ʻAalimul g̣aybi washshahaadatil ʻAzeezur Raḥeem;―
އެކަލާނގެއީ غَيْبُ ގައިވާ ކަންތަކާއި އަދި ފައުޅު ގައިވާ ކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެއީ عِزَّة ވަންތަ رَحْمَة ވަންތަ ކަލާނގެއެވެ.
-
7
ٱلَّذِىٓ أَحْسَنَ كُلَّ شَىْءٍ خَلَقَهُۥ ۖ وَبَدَأَ خَلْقَ ٱلْإِنسَـٰنِ مِن طِينٍ
ʹAllaẓeee ʹaḥsana kulla shayʹin khalaq̣ahoo wa-badaʹa khalq̣al ʹiñsaani miñ ṭeen;
އެކަލާނގެއީ ކޮންމެއެއްޗެއްވެސް އެއެއްޗެއްގެ ހެއްދެވުން ރަނގަޅުކުރައްވައި ރިވެތިކުރެއްވި ކަލާނގެއެވެ. އަދި އިންސާނާގެ ހެއްދެވުން އެކަލާނގެ ފެއްޓެވީ (އެބަހީ އާދަމުގެފާނު ހައްދަވަން ފެއްޓެވީ) މަށިން ނެވެ.
-
8
ثُمَّ جَعَلَ نَسْلَهُۥ مِن سُلَـٰلَةٍ مِّن مَّآءٍ مَّهِينٍ
S̤umma jaʻala naslahoo miñ sulaalatim mim maaaʹim maheen:
ދެން އެކަލޭގެފާނުންގެ ދަރިފަސްކޮޅު އެކަލާނގެ ލެއްވީ ނިކަމެތިވެގެންވާ ފެންފޮދަކުން ނެވެ. (އެއީ ފިރިހެނާގެ نُطْفَة އެވެ.)
-
9
ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ
S̤umma sawwaahu wa-nafakha feehi mir Rooḥihee wa-jaʻala lakumus samʻa wal-ʹabṣaara wal-ʹafʹidah: q̣aleelam maa tashkuroon!
ދެން އެކަލާނގެ އޭނާ ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެ އޭނާއަށް އެކަލާނގެ رُوْحُ ފުޅުން ފުމެލެއްވިއެވެ. އަދިއެކަލާނގެ ކަލޭމެނަށް އިވުމާއި ފެނުމާއި އަދިހިތް ލެއްވިއެވެ. ވިސްނުންލެއްވިއެވެ. ނުވަތަ ކަންފަތާއި ލޮލާއި އަދި ހިތްލެއްވިއެވެ. (މިފަދަބޮޑެތި ނިޢުމަތުގެ މުޤާބިލުގައިވެސް) ކަލޭމެން ޝުކުރު ކުރަނީ ދާދިމަދުންނެވެ.
-
10
وَقَالُوٓا۟ أَءِذَا ضَلَلْنَا فِى ٱلْأَرْضِ أَءِنَّا لَفِى خَلْقٍ جَدِيدٍۭ ۚ بَلْ هُم بِلِقَآءِ رَبِّهِمْ كَـٰفِرُونَ
Wa-q̣aalooo ʹa-ʹiẓaa ḍalalnaa fil ʹarḍi ʹa-ʹinnaa lafee khalq̣iñ jadeed? Bal hum̃ bi-Liq̣aaaʹi Rabbihim kaafiroon!
އަދި آخِرَة ދުވަސް ޤަބޫލު ނުކުރާމީހުން ބުނެއެވެ. އަހުރެމެން މަރުވެ މަސްތަކާއި ކަށިތައްވެސް ބިމުގައި ހަލާކުވެދިއުމަށްފަހު އައު ހެއްދެވުމަކަށް އަލުންވެސް އަހުރެމެން ހެއްދެވޭނޭ ހެއްޔެވެ؟ (الله ޖަވާބުއެދެއްވަނީ) އަދި ކިއެއްހެއްޔެވެ؟ އެމީހުންއެވަނީ އެމީހުންގެ رَبُّ އާއި ބައްދަލުވުމާއިމެދު ކާފަރުވެގެންނެވެ. މިއެވެ.
-
11
۞ قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ
Q̣ul yatawaffaakum Malakul Mawtil laẓee wukkila bikum s̤umma ʹilaa Rabbikum turjaʻoon.
(އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! މަރުގެ މަލާއިކަތާ ކަލޭމެންގެ މަރު ހިތްޕަވާނެއެވެ. އެކަލޭގެފާނީ އެކަމުގައި ކަލޭމެނާއި ޙަވާލުވެގެންވާ ކަލޭގެފާނެވެ. ދެންކަލޭމެން އެކަލާނގެ حَضْرَةُ އަށް އެބުނރިދާހުއްޓެވެ.
-
12
وَلَوْ تَرَىٰٓ إِذِ ٱلْمُجْرِمُونَ نَاكِسُوا۟ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أَبْصَرْنَا وَسَمِعْنَا فَٱرْجِعْنَا نَعْمَلْ صَـٰلِحًا إِنَّا مُوقِنُونَ
Wa-law taraaa ʹiẓil mujrimoona naakisoo ruʹoosihim ʻiñda Rabbihim: Rabbanaaa ʹabṣarnaa wa-samiʻnaa farjiʻnaa naʻmal ṣaaliḥan ʹinnaa mooq̣inoon.
އަދި މުޖްރިމުންމީހުން އެބަހީ ނުބައި ނުލަފާމީހުން އެމީހުންގެ رَبُّ ގެ حَضْرَةُ ގައި ކުށަށް إعْتِرَافُ ވާ ޙާލު އެމީހުންގެ ބޯތައް އިސްދަށަށްޖެހިގެންވާހިނދު ކަލޭގެފާނުން ދެކެވަޑައި ގަންނަވާނެ ނަމައެވެ. އެމީހުން އެހެންތިބެ ދަންނަވާނެއެވެ. އޭ އަޅަމެންގެ رَبُّ އެވެ. (އިބަރަސްކަލާނގެއަށް އުރެދުނުމީހުންނަށްހުރި ޢުޤޫބާތް އަޅަމެންނަށް ފެނިއްޖެއެވެ. އަދި އިބަރަސްކަލާނގެ ރަސޫލުން ދުނިޔޭގައި އަޅަމެންނަށްކުރެއްވި އަމުރުގެތެދުކަން އަޅަމެން އަހައިފީމެވެ. ފަހެ صَالِحُ عَمَلُ ކުރުމަށް އަލުންވެސް އަޅަމެން ދުނިޔެއަށް ފޮނުއްވާދޭވެ! ހަމަކަށަވަރުން ދުނިޔޭގައި އަޅަމެން އިބަރަސްކަލާނގެ އެއްކައުވަންތަކަމާއިމެދު ޖާހިލުވިޔަސް މިހާރު އެއީ ތެދުކަމުގައި އަޅަމެން ޔަޤީންކުރަމެވެ.
-
13
وَلَوْ شِئْنَا لَـَٔاتَيْنَا كُلَّ نَفْسٍ هُدَىٰهَا وَلَـٰكِنْ حَقَّ ٱلْقَوْلُ مِنِّى لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ
Wa-law shiʹnaa laʹaataynaa kulla nafsin hudaahaa wa-laakin ḥaq̣q̣al Q̣awlu minnee laʹamlaʹanna Jahannama minal jinnati wannaasi ʹajmaʻeen.
އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ ކޮންމެ ނަފުސަކަށްވެސް އެނަފުސެއްގެ ތެދުމަގު ދައްކަވައިފީހެވެ. އަދި އެހެންނަމަވެސް ތިމަންރަސްކަލާނގެ حَضْرَةُ ގައި އެމީހުންގެ މައްޗަށް ޢަޒާބުގެބަސްފުޅު حِقُّ ވީއެވެ. ހަމަކަށަވަރުން ކާފަރުކަމާއި އުރެދުމުގެ އެންމެހައި މީސްތަކުން އަޅުއްވައިގެން ތިމަންރަސްކަލާނގެ ނަރަކަ ފުރަލާހުށީމެވެ.
-
14
فَذُوقُوا۟ بِمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَآ إِنَّا نَسِينَـٰكُمْ ۖ وَذُوقُوا۟ عَذَابَ ٱلْخُلْدِ بِمَا كُنتُمْ تَعْمَلُونَ
faẓooq̣oo bimaa naseetum Liq̣aaaʹa Yawmikum haaẓaa. ʹInnaa naseenaakum waẓooq̣oo ʻAẓaabal khuldi bimaa kuñtum taʻmaloon!
ނަރަކަވަންތަވެރިންނަށް އެންގޭނެއެވެ. ކަލޭމެން މިދުވަހާއި ބައްދަލުވާނެކަން ހަނދާން ނައްތައިލުމުގެ ސަބަބުން އެކަމުގެ ރަހަލިބިގަންނާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެވެސް ކަލޭމެން ނަރަކައިގާ ހަނދާން ނައްތައިލީއެވެ. އަދި ކަލޭމެން ދުނިޔޭގައި ކުރިކަންތައްތަކުގެ ސަބަބުން ނިމުމެއްނެތް ދެމިހުންނަނިވި عَذَابُ ގެ ރަހަލިބިގަންނާށެވެ!
-
15
إِنَّمَا يُؤْمِنُ بِـَٔايَـٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩
ʹInnamaa yuʹminu biʹAayaatinal laẓeena ʹiẓaa ẓukkiroo bihaa kharroo sabbaḥoo sujjadañwwa bi-Ḥamdi Rabbihim Wahum laa- yastakbiroon.
ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާކަން ކަށަވަރީ އެބައިމީހުންނަށް އެއާޔަތްތައް ذِكْرُ ކުރެވިއްޖެއްޔާ - ހަނދާންކޮށްދެވިއްޖެއްޔާ އެއިން وَعْظُ نَصِيْحَة ލިބިގަނެ އަދި سَجِدَة އަށްތިރިވާމީހުންނެވެ. (ނުވަތަ މަޑުމޮޅިވެ ކިޔަމަންތެރިވާ މީހުންނެވެ.) އަދި އެމީހުން އެމީހުންގެ رَبُّ އަށް تَسْبِيْح ކިޔައި حَمْدُ ކުރާމީހުންނެވެ. އަދިއެމީހުން ކިބުރުވެރިވެ ބޮޑާނުވެއެވެ.
-
16
تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ
Tatajaafaa junoobuhum ʻanil maḍaajiʻi yadʻoona Rabbahum khawfañw waṭamaʻaa: wa-mimmaa razaq̣naahum yuñfiq̣oon.
އެމީހުން އެމީހުންގެ އަރިކަށިތައް އޮށޯންނަ ތަންތަނާއިދުރުކޮށްފޭކުރެއެވެ. އެބަހީ ރޭގަޑު ދަންވަރުތެދުވެ ދަމުނަމާދުކޮށް ހަދައެވެ. އަދި އެމީހުން އެމީހުންގެ رَبُّގެ ޢަޒާބަށް ބިރުންނާއި އެކަލާނގެ ރަޙްމަތަށް އެދި ދަހިވެތިވާޙާލު އެމީހުންގެ رَبُّ އަށް ދުޢާކުރެއެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވިތަކެތިން އެމީހުން ހޭދަކުރެއެވެ.
-
17
فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ
Falaa taʻlamu nafsum maaa ʹukhfiya lahum miñ q̣urrati ʹaʻyun: jazaaaʹam bimaa kaanoo yaʻmaloon.
އަދި އެމީހުންނަށްޓަކައި ރައްކާކުރެވި ވަންހަނާކުރެވިގެންވާ އުފާވެރިކަންތައްތަކާއި ލޮލަށް ފިނިކަންދޭ ކަންތައްތައްވަނީ ކިހާވަރަކަށްކަން ހަމައެއްވެސް ނޭގޭނެއެވެ. އެއީ އެމީހުން ދުނިޔޭގައި ތިބިއިރު ކުރާކަމުގައިވީ ހެޔޮ ކަންތައްތަކުގެ ސަބަބުންނެވެ.
-
18
أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُۥنَ
ʹAfamañ kaana muʹminañ kamañ kaana faasiq̣aa? Laa- yastawoon.
އަޅެފަހެ މުއުމިނު މީހެއްކަމުގައިވީމީހާއާއި ނުބައި ނުލަފާ فَاسِقُ އަކު ކަމުގައިވީމީހާއާއި ދެމީހުން އެއްވަރުވާނޭހެއްޔެވެ؟ އެފަދަމީހުން އެއްވަރެއްނުވާނެއެވެ.
-
19
أَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ جَنَّـٰتُ ٱلْمَأْوَىٰ نُزُلًۢا بِمَا كَانُوا۟ يَعْمَلُونَ
ʹAmmal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati falahum Jannaatul maʹwaa, nuzulam bimaa kaanoo yaʻmaloon.
އީމާންވެގެން صَالِحُ عَمَلُ ތައްކުރިމީހުން ދަންނައެވެ. ޤިޔާމަތްދުވަހުން އެމީހުން ގޮސްތިބޭނެ ތަނެއްކަމުގައި އެމީހުންނަށް ހުންނަހުރީ نِعْمَة ތަކުން ފުރިގެންވާ جَنَّةُ المَأوَى އެވެ ކިއުނު ސުވަރުގެއެވެ. އެއީ އެމީހުން ދުނިޔޭގައިކުރި ހެޔޮކަންތައްތަކުގެ ސަބަބުންނެވެ.
-
20
وَأَمَّا ٱلَّذِينَ فَسَقُوا۟ فَمَأْوَىٰهُمُ ٱلنَّارُ ۖ كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَآ أُعِيدُوا۟ فِيهَا وَقِيلَ لَهُمْ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ
Wa-ʹammal laẓeena fasaq̣oo famaʹwaahumun Naar: kullamaaa ʹaraadooo ʹañy yakhrujoo minhaaa ʹuʻeedoo feehaa wa-q̣eela lahum ẓooq̣oo ʻAẓaaban Naaril laẓee kuñtum̃ bihee tukaẓẓiboon.
އަދި فَاسِقُ ވީމީހުން އެބަހީ ނުބައި ނުލަފާމީހުން ދަންނައެވެ. قِيَامَة ދުވަހުން އެމީހުން ތިބޭނީ ނަރަކައިގައެވެ. ގަދައަލިފާނުގައެވެ. އެމީހުން އެތަނުން ނުކުންނަން އެދޭކޮންމެހިނދެއްގައި އަލުންވެސް އެތަނަށް ގެންދެވޭނެއެވެ. އަދި އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ދޮގުކުރާކަމުގައިވި އަލިފާނުގެ ރަހަލިބިގަންނާށެވެ.
-
21
وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ
Wa-lanuẓeeq̣an-nahum minal ʻAẓaabil ʹadnaa doonal ʻAẓaabil ʹakbari laʻallahum yarjiʻoon.
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް ބޮޑު عَذَابُ ގެ ކުރިން ކުޑަ عَذَابُ ގެ ރަހަދައްކަވާހުރީމެވެ. އެއީ އެމީހުން ތައުބާވެ ހެޔޮމަގަށް رُجُوعَ ވޭތޯއެވެ. * ދަންނައެވެ. މިއާޔަތުގައިމިވާ ކުޑަ عَذَابُ އާއި ބޮޑު عَذَابُ ގެމުރާދަކާއިމެދު مُفَسِّرُ ންވާހަކަ ދައްކަވާފައި ވެއެވެ. ބައެއްބޭކަލޫން ވިދާޅުވެލައްވަނީ ކުޑަޢަޒާބަކީ ދުނިޔޭގައިޖެހޭ ބަލާތަކާއި އުދަގޫތައް ކަމުގައެވެ. ނުވަތަ ދީނުގެ ޙައްދުތައް ކަމުގައެވެ. ނުވަތައެއީ ބަލިމަޑުކަން ކަމަށެވެ. ނުވަތައެއީ ކައްވަޅުގެ عَذَابُ ކަމަށެވެ. އަދިމިނޫންވާހަކަތައްވެސްވެއެވެ. އަދި ބޮޑު عَذَابُ އަކީ آخِرَة ދުވަހުގެ عَذَابُ އެވެ.
-
22
وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ ثُمَّ أَعْرَضَ عَنْهَآ ۚ إِنَّا مِنَ ٱلْمُجْرِمِينَ مُنتَقِمُونَ
Wa-man ʹaz̤̣lamu mimmañ ẓukkira biʹAayaati Rabbihee s̤umma ʹaʻraḍa ʻanhaa? ʹInnaa minal mujrimeena muñtaq̣imoon.
އަދިއެމީހެއްގެ ގާތުގައި ތިމަންރަސްކަލާނގެ އާޔަތްތައް ހަނދާންކުރެވުމަށްފަހު އެއާޔަތްތައް ޤަބޫލުނުކޮށް އެނބުރި ފުރަގަސްދިން މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ އެބަހީ އެއަށްވުރެވަކިންބޮޑު އަނިޔާވެރިއަކުނުވެއެވެ. އަދި އެއީ މުޖްރިމުންނެވެ. ހަމަކަށަވަރުން މުޖްރިމުންގެކިބައިން ތިމަންރަސްކަލާނގެ ބަދަލުހިއްޕަވާހޫށީމެވެ.
-
23
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَلَا تَكُن فِى مِرْيَةٍ مِّن لِّقَآئِهِۦ ۖ وَجَعَلْنَـٰهُ هُدًى لِّبَنِىٓ إِسْرَٰٓءِيلَ
Wa-laq̣ad ʹaataynaa Moosal Kitaaba falaa takuñ fee miryatim mil liq̣aaaʹihee wa-jaʻalnaahu hudal li-Baneee ʹIsraaaʹeel.
އަދި ހަމަކަށަވަރުން مُوسَى عَلَيْه السلام އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. އެއީ تَوْرَاة އެވެ. އަދި ބަނީ އިސްރާއީލުގެމީހުންނަށް ތެދުމަގެއްކަމުގައި ތިމަންރަސްކަލާނގެ އެފޮތްލެއްވީމެވެ. (ނުވަތަ އެކަލޭގެފާނާއި ތަބާވުމުން އެމީހުންނަށް ތެދުމަގު ލިބޭނޭގޮތްކަމުގައި ހެއްދެވީމެވެ.)
-
24
وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَـٰتِنَا يُوقِنُونَ
Wa-jaʻalnaa minḥum ʹAʹimmatañy yahdoona biʹAmrinaa lammaa ṣabaroo; wa-kaanoo biʹAayaatinaa yooq̣inoon.
އަދި އެމީހުންގެތެރެއިން އެބަހީ ބަނީ އިސްރާއީލުގެތެރެއިން ތިމަންރަސްކަލާނގެ އިމާމުންލެއްވީމެވެ. އެމީހުން ތިމަންރަސްކަލާނގެ އިޒުނަފުޅަށް މީސްތަކުންނަށް ތެދުމަގުދައްކައެވެ. އެއީ އެމީހުން ކެތްތެރިވީ ހިނދުންނެވެ. އަދި އެމީހުންވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް ޔަޤީންކުރާބަޔަކު ކަމުގައެވެ.
-
25
إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ
ʹInna Rabbaka Huwa yafṣilu baynahum Yawmal Q̣iyaamati feemaa kaanoo feehi yakhtalifoon.
(އޭ رَسُولُ الله އެވެ!) ކަލޭގެފާނުންގެ رَبُّ އެމީހުންގެމެދުގައި ދެބަސްވެ إخْتِلآفُ ވާކަންތައްތައް قِيَامَة ދުވަހުން ރަނގަޅަށް تَفْصِيْلُ ކޮށްބަޔާންކޮށްދެއްވާހުއްޓެވެ.
-
26
أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِن قَبْلِهِم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَـٰكِنِهِمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ ۖ أَفَلَا يَسْمَعُونَ
ʹAwalam yahdi lahum kam ʹahlaknaa miñ q̣ablihim minal q̣urooni yamshoona fee masaakinihim? ʹInna fee ẓaalika laʹAayaat: ʹafalaa yasmaʻoon?
އަދި މިމައްކާގެ އަހުލުވެރިން ގެކުރިން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީ ކިތައް قَرْنُ ކަން ކިތައް ކިތައް أُمَّة ކަން އެމީހުންނަށް ފަހެނޭގެބާވައެވެ؟ މިމީހުން ހިނގާބިނގާއެވަނީ އެ أُمَّة ތަކުގެ މީހުން އުޅުނު ތަންތަނުންލައިފައެވެ. (އެމީސްމީހުން ހަލާކުވެދިޔައީ އެމީހުންގެ ރަސޫލުންނަށް ނުކިޔަމަންތެރިވުމުގެ ސަބަބުންނެވެ.) ހަމަކަށަވަރުން ހެޔޮއެއްޗެތި އަހާ އަދި ހެޔޮއެއްޗެތި ވިސްނާބަޔަކަށް އެކަންކަމުގައިވެސް ކަނޑައެޅިބަޔާންވެގެންވާ ދަލީލުވެއެވެ. عِبْرَةُ އާއި نَصِيْحَة ވެއެވެ.
-
27
أَوَلَمْ يَرَوْا۟ أَنَّا نَسُوقُ ٱلْمَآءَ إِلَى ٱلْأَرْضِ ٱلْجُرُزِ فَنُخْرِجُ بِهِۦ زَرْعًا تَأْكُلُ مِنْهُ أَنْعَـٰمُهُمْ وَأَنفُسُهُمْ ۖ أَفَلَا يُبْصِرُونَ
ʹAwalam yaraw ʹannaa nasooq̣ul maaaʹa ʹilal ʹarḍil juruzi fanukhriju bihee zarʻañ taʹkulu minhu ʹanʻaamuhum wa-ʹañfusuhum? ʹAfalaa yubṣiroon?
އެއްވެސް ފެންފޮދެއް ގަހެއްނެތް ހަނަފަސް ހިކި ބިންގަޑަށް ތިމަންރަސްކަލާނގެ ވާރޭފެން ވެއްސަވާކަން އެމީހުންނަށް -އެބަހީ قِيَامَة ދުވަސް ޤަބޫލުނުކުރާމީހުންނަށްފަހެ ނުފެނޭބާވައެވެ. ނޭގޭބަވައެވެ؟ ދެންއެފެނުގެސަބަބުން ތިމަންރަސްކަލާނގެ ދަނޑާއި ގަސްގަހާގެހި ނެރުއްވަމެވެ. އަދި އެތަކެތިން އެމީހުންގެ نَعَم ސޫފިތަކާއި އަދި އެމީހުންވެސްކައިހަދައެވެ. މިކަންކަން އެމީހުންފަހެ ނުދެކެނީބާވައެވެ؟ އެއިން ޢިބުރަތެއްނެތީބާވައެވެ؟ (މީސްތަކުން މަރުވުމަށްފަހު އެމީހުން ދިރުއްވައި محْشَرُ އަށްފޮނުއްވުން ތިމަންރަސްކަލާނގެ އަށް ދަތިވާނީ ކޮންފަދައަކުން ހެއްޔެވެ؟)
-
28
وَيَقُولُونَ مَتَىٰ هَـٰذَا ٱلْفَتْحُ إِن كُنتُمْ صَـٰدِقِينَ
Wa-yaq̣ooloona mataa haaẓal Fatḥu ʹiñ kuñtum ṣaadiq̣een?
އެމީހުން - އެބަހީ މުޝްރިކުން- ބުނެއެވެ. = ކަލޭމެންތިޔައީ ތެދުބުނާ ބަޔަކު ކަމުގައިވަންޏާ (ނިކަން ބުނެބަލާށެވެ.) ތިޔަބުނާ فَتَحَ އެއް (ތިޔަބުނާ حُكْمُ އެއް) އޮންނާނީ ކޮންއިރަކުން ބާވައެވެ؟
-
29
قُلْ يَوْمَ ٱلْفَتْحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓا۟ إِيمَـٰنُهُمْ وَلَا هُمْ يُنظَرُونَ
Q̣ul Yawmal Fatḥi laa- yañfaʻul laẓeena kafarooo ʹeemaanuhum wa-laa hum yuñz̤̣aroon.
(އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވެބައްލަވާށެވެ! فَتَحَ ގެދުވަސް ނުވަތަ حُكْمُ ކުރައްވާދުވަހުން = ކާފަރުންނަށް އެމީހުންގެ އީމާންކަމުގެ. މަންފާ ނުކުރާނެއެވެ. އަދި އެމީހުންނަކީ ތައުބާވުމަށް ފަސްކުރެވޭނެ ބަޔަކު ކަމުގައިވެސް ނުވެއެވެ.
-
30
فَأَعْرِضْ عَنْهُمْ وَٱنتَظِرْ إِنَّهُم مُّنتَظِرُونَ
Faʹaʻriḍ ʻanhum wañtaz̤̣ir ʹinnahum muñtaz̤̣iroon.
(އޭ رَسُولُ الله އެވެ!) ކަލޭގެފާނު އެމީހުންގެ ކިބައިން ދުރުވެވަޑައި ގަންނަވާށެވެ. (އަދި އެމީހުންނާއިމެދު الله ކަންތައް ގެންދަވާގޮތް ބެއްލެވުމަށް) = ކަލޭގެފާނު إنْتِظَارُ ކުރައްވާށެވެ. ހަމަކަށަވަރުން އެމީހުން - އެބަހީ މުޝްރިކުންވެސް - އެވަނީ (އެމީހުންނަށް وَعْدُ ވެވިގެންވާ عَذَابُ އަށް إنْتِظَارُ ކުރެވިގެންވާ ބަޔަކު ކަމުގައެވެ.