Back to Quran

ސޫރަތްތައް 7

Al-A'raf

The Heights · Makki · 206 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    الٓمٓصٓ

    ʹAlif-Laaam-Meeem-Ṣaaad.

    الٓمٓصٓ މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެޔާއެކުވެސް ބައެއް عالم ން ވިދާޅުވިއެވެ. އޭގެ މާނައީ: أَنَا ﷲ أَفْضَلُ މިއެވެ. މީގެ މާނައީ ތިމަންރަސްކަލާނގެއީ ﷲ އެވެ. އެންމެ މާތްވަންތަ ކަލާނގެއެވެ. ނުވަތަ އެއީ ﷲ ގެ ނަންފުޅެކެވެ. ނުވަތަ އެއީ قرآن ގެ ނަމެކެވެ. އަދި އެހެން ގޮތްގޮތަށް ކިއިފައިވެއެވެ. والله أعلم.

  2. 2

    كِتَـٰبٌ أُنزِلَ إِلَيْكَ فَلَا يَكُن فِى صَدْرِكَ حَرَجٌ مِّنْهُ لِتُنذِرَ بِهِۦ وَذِكْرَىٰ لِلْمُؤْمِنِينَ

    Kitaabun ʹuñzila ʹilayka falaa yakuñ fee ṣadrika ḥarajum min-hu lituñẓira bihee waẓikraa lil-Muʹmineen.

    (އޭ رسول ﷲ އެވެ!) މިއީ ކަލޭގެފާނަށް ބާވައިލެއްވޭ ފޮތެކެވެ. އެބަހީ މި قرآن އަކީ ﷲ ކަލޭގެފާނަށް ބާވައިލައްވާ ފޮތެކެވެ. އެޔާމެދު ކަލޭގެފާނުންގެ ހިތްޕުޅުގައި އެއްވެސް ދަތިކަމެއް ނުވާހުށިކަމެވެ! އެއްވެސް ޝައްކެއްނުވާހުށިކަމެވެ. އެއީ އެފޮތުން ކަލޭގެފާނު إنذار ކުރެއްވުމަށެވެ. އަދި އެއީ مؤمن ންނަށްވާ ذكراى އެކެވެ. وعظ އާއި نصيحة އެކެވެ.

  3. 3

    ٱتَّبِعُوا۟ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۗ قَلِيلًا مَّا تَذَكَّرُونَ

    ʹIttabiʻoo maaa ʹuñzila ʹilaykum mir rabbikum wa-laa tattabiʻoo miñ dooniheee ʹawliyaaaʹ. Q̣aleelam maa taẓakkaroon.

    (އޭ މީސްތަކުންނޭވެ!) ކަލޭމެންނަށް ކަލޭމެންގެ ربّ ގެ حضرة ން ބާވައިލެއްވޭ ތަކެއްޗާއި ކަލޭމެން تبع ވާށެވެ! އަދި އެކަލާނގެ ފިޔަވައި އެހެނިހެން ولِىُّ ންނާއި تبع ނުވާށެވެ. އެބަހީ އެކަލާނގެ ފިޔަވައި އެހެނިހެންސަހަރޯވެރިންގެ ނުބައި އަދި شرك ގެ عمل ތަކާއި ކަލޭމެން تبع ނުވާށެވެ! ކަލޭމެން وعظ އާއި عبرة ލިބިގަންނަނީ ދާދިމަދުންނެވެ. * (ދަންނައެވެ! تفسير قرطبى ގައި އެކަލޭގެފާނު ވިދާޅުވެފައި ވަނީ ރަސޫލާގެންނެވި ﷲގެ ދީނަށް ކަލޭމެން ތަބާ ވާށެވެ! އަދި އެކިއެކި މަޒްހަބުތަކާއި ތަބާ ނުވާށެވެ! އެކަލޭގެފާނު ވިދާޅު ވަނީ އެހެނިހެން ސަހަރޯ ވެރިންގެ މުރާދަކީ މިއާޔަތުގައި ހަމަ ސީދާ މަޒްހަބުތަކުގެ ވެރިންކަމުގައެވެ. ވީއިރު މަޒްހަބަށް ތަބާ ނުވުމަށް މިވަނީ ޤުރްއާނުގައި އަމުރުކުރައްވާފައެވެ. މިހެންމިކަން ހުރިއިރުވެސް ﷲ ގެއަމުރުފުޅެއް އަދި ރަސޫލުގެ އަމުރުފުޅެއް ނެތިވެސް އަހުރެމެން މަޒުހަބުގެނަމުގައި އަޅުކަންކުރުމީ އަދި ކުރަންއެންގުމީ ހިތާމަހުރިކަމެކެވެ. އެއަޅުކަން ބަލައިގަންނާނީ ކާކުބާވައެވެ؟......)

  4. 4

    وَكَم مِّن قَرْيَةٍ أَهْلَكْنَـٰهَا فَجَآءَهَا بَأْسُنَا بَيَـٰتًا أَوْ هُمْ قَآئِلُونَ

    Wa-kam miñ q̣aryatin ʹahlaknaahaa fajaaaʹahaa baʹsunaa bayaatan ʹaw hum q̣aaaʹiloon?

    އަދި ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައް ކިތައް ރަށްހެއްޔެވެ؟ (މިހެނީ އެމީހުން ތިމަންރަސްކަލާނގެއާއި ތިމަންރަސްކަލާނގެ رسول ންނާއި އަދި އެބޭކަލުން ގެންނެވިތަކެތި ދޮގުކުރުމުގެ ސަބަބުން ވަރަށްގިނަ ރަށްރަށް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.) ފަހެ އެމީހުން ކުރި ފާފައިގެ ސަބަބުން ތިމަންރަސްކަލާނގެ عقوبة އެމީހުންނަށް އައީ އެމީހުން ނިދާފައިތިއްބާ ރޭގަނޑުއެވެ. ނުވަތަ މެންދުރު އެމީހުން ނިދާލާ ވަގުތުއެވެ.

  5. 5

    فَمَا كَانَ دَعْوَىٰهُمْ إِذْ جَآءَهُم بَأْسُنَآ إِلَّآ أَن قَالُوٓا۟ إِنَّا كُنَّا ظَـٰلِمِينَ

    Famaa kaana daʻwaahum ʹiẓ jaaaʹahum̃ baʹsunaaa ʹillaaa ʹañ q̣aalooo ʹinnaa kunnaa z̤̣aalimeen.

    ދެންފަހެ ތިމަންރަސްކަލާނގެ عقوبة އެމީހުންނަށް އައިހިނދުން "ހަމަކަށަވަރުން ތިމަންނާމެންވީ އަނިޔާވެރިން ކަމުގައެވެ. مشرك ންކަމުގައެވެ." މިހެން އެމީހުން ބުނުންކަމުގައި މެނުވީ ނުވެއެވެ. (އެމީހުންގެ އެހެން އެއްވެސް عُذْر އެއް دليل އެއްނެތެވެ. ބަހަނާއެއްނެތެވެ.)

  6. 6

    فَلَنَسْـَٔلَنَّ ٱلَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْـَٔلَنَّ ٱلْمُرْسَلِينَ

    falanasʹalannal laẓeena ursila ʹilayhim wa-lanasʹalannal mursaleen.

    ފަހެ ހަމަކަށަވަރުން رسول ން ފޮނުއްވުނު މީހުންނާއިމެދު ތިމަންރަސްކަލާނގެ ސުވާލުކުރައްވާނެކަން ކަށަވަރެވެ. (އެބަހީ: رسول ބޭކަލުން އެބައެއްގެގާތަށް ފޮނުވުނު އެންމެންނާއި قيامة ދުވަހުން ސުވާލުކުރައްވާހުށީމެވެ. އެމީހުން ތިމަންރަސްކަލާނގެ أمر އާއި نهى އާއިމެދު ކަންތައްތައް ކުރީ ކޮންގޮތަކަށްތޯ ސުވާލުކުރާހުށީމެވެ. އަދި އެކަންކަމަށް جزاء ދެއްވާހުށީމެވެ.) އަދި ހަމަކަށަވަރުން رسول ބޭކަލުންނާއި ސުވާލުކުރައްވާހުށީމެވެ. އެބޭކަލުން رسول ކަން އިއްވެވިތޯ ނުވަތަ ނޫންތޯ މިހުރިހާ ގޮތްގޮތަކަށް ސުވާލުކުރައްވާހުށީމެވެ.\n* ދަންނައެވެ. ހުރިހާކަމެއް އެކަލާނގެދެނެވޮޑިގަތުމާއެކުވެސް އެދުވަހުން އެސުވާލުތައް އެކަލާނގެ އެފަރާތްތަކާއި އެކުރައްވާނީ އަޅުތަކުން އެކަންކަމަށް إعْتِرَافُ އެމީހުންގެ މައްޗަށް حُجَّة قَائِمُ ކުރެއްވުމަށެވެ. އެމީހުންގެ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެން ނުވާތީއެއްނޫނެވެ.

  7. 7

    فَلَنَقُصَّنَّ عَلَيْهِم بِعِلْمٍ ۖ وَمَا كُنَّا غَآئِبِينَ

    Falanaq̣uṣṣanna ʻalayhim̃ biʻilmiñw wamaa kunnaa g̣aaaʹibeen.

    އަދި ހަމަކަށަވަރުން އެމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމައަށް ދެނެވޮޑިގަތުމާއިއެކު އެންމެހައި ވާހަކަތައް އަދި خبر ތައް އަންގަވާހުށީމެވެ. އަދި އެމީހުންގެ ކަންކަމަށް غائب ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ. (އެމީހުން عمل ކުރަމުންދާއިރު އެކަންކަން ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ.)

  8. 8

    وَٱلْوَزْنُ يَوْمَئِذٍ ٱلْحَقُّ ۚ فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

    Walwaznu Yawmaʹiẓinil ḥaq̣q̣. Famañ s̤aq̣ulat mawaazeenuhoo faʹulaaaʹika humul Mufliḥoon.

    އަދި (قيامة ދުވަހުން) މީސްތަކުންގެ عمل ތައް ވަޒަންކުރައްވާ حساب ބެއްލެވުމަކީ ހަމަ حقّ ކަމެކެވެ. އެއީ ކޮންމެހެން އޮންނާނެ ކަމެކެވެ. (އެކަމަށް އީމާންވުމަކީ واجب ކަމެކެވެ.) ފަހެ އެމީހެއްގެ ހެޔޮކަމުގެ مِيْزَان ބަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ އެމީހުން އެއީ ކާމިޔާބުވެ (ސުވަރުގޭގެ) ނަސީބުލިބުނު ނަސީބުވެރިންނެވެ.

  9. 9

    وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُم بِمَا كَانُوا۟ بِـَٔايَـٰتِنَا يَظْلِمُونَ

    Wa-man khaffat mawaazeenuhoo faʹulaaaikal laẓeena khasirooo añfusahum̃ bimaa kaanoo biʹAayaatinaa yaz̤̣limoon.

    އަދި އެމީހެއްގެ (ހެޔޮކަމުގެ) مِيْزَان ލުއިވެއްޖެ މީހާ (ދަންނައެވެ!) ފަހެ އެމީހުން އެއީ އެމީހުންގެ ނަފުސުތައް ގެއްލުވައިލައި ހަލާކު ކުރި މީހުންނެވެ. އެއީ އެމީހުން ތިމަންރަސްކަލާނގެ އާޔަތްތަކަށް އަނިޔާވެރިވެ ދެކޮޅުހެދުމުގެ ސަބަބުންނެވެ.

  10. 10

    وَلَقَدْ مَكَّنَّـٰكُمْ فِى ٱلْأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَـٰيِشَ ۗ قَلِيلًا مَّا تَشْكُرُونَ

    Wa-laq̣ad makkannaakum fil ʹarḍi wa-jaʻalnaa lakum feehaa maʻaayish: q̣aleelam maa tashkuroon!

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ބިމުގައި ވަޒަންވެރިކުރައްވާ تَمْكِين ކުރެއްވީމެވެ. އަދި އެތާނގައި ތިމަންރަސްކަލާނގެ ކަލޭމެންނަށް ދިރިއުޅުން ލެއްވީމެވެ. ކަލޭމެން شكر ކުރަނީ ދާދިމަދުންނެވެ.

  11. 11

    وَلَقَدْ خَلَقْنَـٰكُمْ ثُمَّ صَوَّرْنَـٰكُمْ ثُمَّ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ لَمْ يَكُن مِّنَ ٱلسَّـٰجِدِينَ

    Wa-laq̣ad khalaq̣naakum s̤umma ṣawwarnaakum s̤umma q̣ulnaa lil-malaaaʹikatis judoo liʹAadama fasajadooo ʹillaaa ʹIblees; lam yakum minas saajideen.

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީމެވެ. (ކަލޭމެންގެ ބައްޕަ آدم عليه السّلام ތިމަންރަސްކަލާނގެ ހެއްދެވީމެވެ.) ދެން ތިމަންރަސްކަލާނގެ ކަލޭމެން صورة ކުރެއްވީމެވެ. (އެބަހީ: އެކަލޭގެފާނު ތިމަންރަސްކަލާނގެ صورة ކުރެއްވީމެވެ. މި ދެ عبارة ގެ މާނަ އަދި އެހެން ގޮތްގޮތަށްވެސް ލިއުއްވާފައިވެއެވެ. އެކަމަކު އެންމެ مُعْتَبَرُ ގޮތް މިދެންނެވީއެވެ. - والله أعلم) ދެން آدم عليه السّلام އަށް سجدة ކުރައްވާށޭ ملائكة ބޭކަލުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. - ދެންފަހެ إبْلِيْسُ މެނުވީ އެންމެ ބޭކަލުން އެކަލޭގެފާނަށް سَجِدَة ކުރެއްވިއެވެ. ފަހެ އެ إبْلِيْسُ سَجِدَة ކުރި މީހުންގެތެރެއިން ނުވިއެވެ.

  12. 12

    قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا۠ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ

    Q̣aala maa- manaʻaka ʹallaa tasjuda ʹiẓ ʹamartuk? Q̣aala ʹana khayrum minh. Khalaq̣tanee miñ naariñw wakhalaq̣tahoo miñ ṭeen.

    އެކަލާނގެ (އެ إبْلِيس އާއި مخاطب ކުރައްވައި) وحي ކުރެއްވިއެވެ. އެކަލޭގެފާނަށް (يعني: آدم ގެފާނަށް) سجدة ކުރެއްވުމަށް ތިމަންރަސްކަލާނގެ އެންގެވިހިނދުން ކަލޭ سجدة ނުކޮށް އެކަމުން މަނާކުރީ ކޮންކަމެއްހެއްޔެވެ؟ سجدة ނުކުރީ ކީއްވެގެންހެއްޔެވެ؟ އެސޮރު ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ މިއަޅާ މާހެޔޮވެގެންވެއެވެ. އެހެނީ އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ. އަދި އިބަރަސްކަލާނގެ މިއަޅާ ހައްދަވާފައިވަނީ އަލިފާނުންނެވެ.

  13. 13

    قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّـٰغِرِينَ

    Q̣aala fahbiṭ minhaa famaa yakoonu laka ʹañ tatakabbara feehaa fakhruj ʹinnaka minaṣ ṣaag̣ireen.

    އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭ އެސުވަރުގެއިން ފައިބާށެވެ! އެތާހުރެގެން ކަލޭ ބޮޑާވެ މަތިހަށި ނެގުމަކީ އެއްގޮތަކަށްވެސް ކަލެއަށް ހުއްދަވެގެންވާކަމެއްނޫނެވެ. (އަދި އެހެންތާކު ހުރެގެންވެސް ބޮޑާވުން ހުއްދަވެގެން ނުވެއެވެ.) ފަހެ ކަލޭ ނުކުންނާށެވެ! ހަމަކަށަވަރުން ކަލޭވަނީ ނިކަމެތިވެ އިހާނާތްތެރިވެގެންވާ މީހުންގެތެރެއިންނެވެ.

  14. 14

    قَالَ أَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ

    Q̣aala ʹañz̤̣irneee ʹilaa yawmi yubʻas̤oon.

    އެސޮރު ދެންނެވިއެވެ. މީސްތަކުން (އަލުން ދިރިގެން) ފޮނުއްވާދުވަހާއި ހަމައަށް މިއަޅާއަށް ވަގުތު ދެއްވާ مُهْلَةُ ދެއްވާނދޭވެ!

  15. 15

    قَالَ إِنَّكَ مِنَ ٱلْمُنظَرِينَ

    Q̣aala ʹinnaka minal muñz̤̣areen.

    ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ކަލޭވަނީ إنْتِظَار ކުރެވިގެންވާ - (ވަގުތު ދެވިގެން) ވާ މީހުންގެތެރެއިންނެވެ.

  16. 16

    قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ

    Q̣aala fabimaaa ʹag̣waytanee laʹaq̣ʻudanna lahum Ṣiraaṭakal Mustaq̣eem:

    އެސޮރު ދެންނެވިއެވެ. އިބަރަސްކަލާނގެ މިއަޅާ މަގުފުރައްދަވާ ހަލާކުކުރެއްވިކަމަށްޓަކައި ހަމަކަށަވަރުން އެމީހުންނަށް (އާދަމުގެދަރިންނާ އިދިކޮޅަށް) މިއަޅާ މަގުތަކުގައި އިށީންނަހުށީމެވެ. އިބަރަސްކަލާނގެ ސީދާމަގު އެމީހުންނަށް އޮޅުވާލާ ބަންދުކުރާހުށީމެވެ.

  17. 17

    ثُمَّ لَـَٔاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَـٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَـٰكِرِينَ

    S̤umma laʹaatiyannahum mim bayni ʹaydeehim wa-min khalfihim wa-ʻan ʹaymaanihim wa-ʻañ shamaaaʹilihim: wa-laa tajidu ʹaks̤arahum shaakireen.

    ދެން ހަމަކަށަވަރުން އެމީހުންގެ ކުރިމަތިންނާއި އެމީހުންގެ ފަހަތުންނާއި އެމީހުންގެ ކަނާތްފަރާތުންނާއި އަދި އެމީހުންގެ ވައަތްފަރާތުންވެސް މިއަޅާ އެމީހުންގެގާތަށް އަންނަހުށީމެވެ. އަދި އެމީހުންކުރެ ގިނަމީހުންނީ شكر ކުރާމީހުންކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިނުގަންނަވާނެއެވެ. (ގިނަމީހުން ވާނީ ނުބައިމީހުން ކަމުގައެވެ.)

  18. 18

    قَالَ ٱخْرُجْ مِنْهَا مَذْءُومًا مَّدْحُورًا ۖ لَّمَن تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنكُمْ أَجْمَعِينَ

    Q̣aala khruj minhaa maẓʹoomam madḥooraa. Lamañ tabiʻaka minhum laʹamlaʹanna Jahannama miñkum ʹajmaʻeen.

    އެކަލާނގެ وحي ކުރެއްވިއެވެ. ނިކަމެތިކުރެވި ދެރަކުރެވި ފައްސައިލެވިގެންވާ حال ކަލޭ މިސުވަރުގެއިން ނުކުންނާށެވެ! އެމީހުންކުރެ ކަލެއާއި تبع ވާމީހުން ދަންނައެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނަރަކަ ފުރާލާހުށީ ކަލެއާއި، ކަލެއާއި تبع ވާމީހުންނާއި އެންމެން އަޅައިގެންނެވެ.

  19. 19

    وَيَـٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ

    Wa-yaaaʹAadamus kun ʹañta wa-zawjukal jannata fakulaa min ḥays̤u shiʹtumaa wa-laa taq̣rabaa haaẓihish shajarata fatakoona minaz̤̣ z̤̣aalimeen.

    އަދި އޭ آدم (عليه السّلام) އެވެ! ކަލޭގެފާނާއި ކަލޭގެފާނުންގެ އަނބިކަނބަލުންނާއި ދެކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެވަޑައިގެން ތިއްބަވާށެވެ! އަދި ތިޔައިގެ ދެކަނބަލުން އެދިވަޑައިގަންނަވާފަދައަކުން އެތަނުން ފަރީކުޅުއްވާހައްދަވާށެވެ! އަދި މިގަހާއި ތިޔައިގެ ދެކަނބަލުން ގާތްވެވަޑައި ނުގަންނަވާށެވެ! (އެގަހުން، ފަރިއްނުކުޅުއްވާށެވެ! (އެއީ ކޮންބާވަތެއްގެ ގަހެއްކަން އެނގޭނެ صحّ خبر އެއް ނެތެވެ.) އެހެން ހައްދަވައިފިއްޔާ އެބަހީ އެގަހުން ފަރީކުޅުއްވައިފިއްޔާ ތިޔަ ދެކަނބަލުންވާހުށީ އަނިޔާވެރިންގެތެރެއިންނެވެ. (އަމިއްލަ نفس އަށް އަނިޔާކުރި މީހުންގެތެރެއިންނެވެ.)

  20. 20

    فَوَسْوَسَ لَهُمَا ٱلشَّيْطَـٰنُ لِيُبْدِىَ لَهُمَا مَا وُۥرِىَ عَنْهُمَا مِن سَوْءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنْ هَـٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ ٱلْخَـٰلِدِينَ

    Fawaswasa lahumash Shayṭaanu liyubdiya lahumaa maa- wooriya ʻanhumaa miñ saw-ʹaatihimaa waq̣aala maa- nahaakumaa Rabbukumaa ʻan haaẓihish shajarati ʹillaaa ʹañ takoonaa malakayni ʹaw takoonaa minal khaalideen.

    ދެންފަހެ شيطان އާ ދެކަނބަލުންނަށް ވަސްވާސްކޮށްފިއެވެ. (ނުބައިގޮތް ހިތަށް ވިސްނައިދީފިއެވެ.) އެއީ އެދެކަނބަލުންގެ ނިވައިކުރެވިގެންވާ عورة ފާޅުކޮށް ހާމަކުރުމަށްޓަކައެވެ. އަދި އެސޮރު ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެމަލާއިކަތުންނަށްވެދާނެތީވެ ނުވަތަ دائمى ގޮތެއްގައި ސުވަރުގޭގައި ނުތިއްބެވުމަށް މެނުވީ މިގަހުން ތިޔައިގެ ދެކަނބަލުން ފަރީކުޅުއްވުން ތިޔައިގެ ދެކަނބަލުންގެ رَبّ މަނާ ނުކުރައްވައެވެ. (އެބަހީ މިގަހުން ފަރިއްކުޅުއްވައިފިއްޔާ دائمى ގޮތެއްގައި މިތާ ދެމިތިއްބަވާނެއެވެ. ނުވަތަ ދެމަލާއިކަތުންނަށް ވެދާނެއެވެ.)

  21. 21

    وَقَاسَمَهُمَآ إِنِّى لَكُمَا لَمِنَ ٱلنَّـٰصِحِينَ

    Wa-q̣aasamahumaaa ʹinnee lakumaa laminan naaṣiḥeen.

    އަދި އެސޮރު ހުވައިކޮށްފާ އެދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ތިޔަދެމީހުންނަށްވާ نصيحة ތެރިޔަކީމެވެ.

  22. 22

    فَدَلَّىٰهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۖ وَنَادَىٰهُمَا رَبُّهُمَآ أَلَمْ أَنْهَكُمَا عَن تِلْكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيْطَـٰنَ لَكُمَا عَدُوٌّ مُّبِينٌ

    Fadal-laahumaa big̣uroor. Falammaa ẓaaq̣ash shajarata badat lahumaa saw-ʹaatuhumaa waṭafiq̣aa yakhṣifaani ʻalayhimaa miñw waraq̣il Jannah. Wa-naadaa-humaa Rabbuhumaaa ʹalam ʹanhakumaa ʻañ til-kumash shajarati wa-ʹaq̣ul lakumaaa ʹinnash Shayṭaana lakumaa ʻaduwwum mubeen?

    ފަހެ އެސޮރުގެ ހެއްލުންތެރިކަމާއި ކެހިވެރިކަމުން އެދެކަނބަލުން (ހަލާކުގެތެރެއަށް) ވައްޓާލައިފިއެވެ. (ކިޔަމަންތެރިކަމުން ނުކިޔަމަންތެރިކަމަށް ވައްޓައިލިއެވެ. ދެންފަހެ އެދެކަނބަލުން އެގަހުން ފަރިއްކުޅުއްވައިފިއެވެ.) ފަހެ އެދެކަނބަލުން އެގަހުގެރަހަ ހަމަލިބިވަޑައިގަތުމުން އެދެކަނބަލުންނަށް އެދެކަނބަލުންގެ عورة ފައުޅުވެ كشف ވެއްޖެއެވެ. އަދި އެދެކަނބަލުންގެ عورة ގައި ސުވަރުގޭގެ ގަހުގެ ފަތްޖައްސާ ނިވައިކުރައްވަން ފައްޓަވައިފިއެވެ. އަދި އެދެކަނބަލުންގެ رَبّ އެދެކަނބަލުންނަށް نداء އިއްވެވިއެވެ. (އެކަލާނގެ وحي ކުރެއްވިއެވެ.) އެގަހުން ފަރީކުޅުއްވުން ތިޔައިގެ ދެކަނބަލުންނަށް ތިމަންރަސްކަލާނގެ نهى ނުކުރަންހެއްޔެވެ؟ (އެބަހީ ނަހީކުރެއްވީމެވެ.) އަދި ހަމަކަށަވަރުން شيطان އާ އެއީ ތިޔައިގެ ދެކަނބަލުންނަށްވާ بيان ވެގެންހުރި عدوّ އެއްކަމުގައި ނާންގަވަންހެއްޔެވެ؟ (އެބަހީ އެންގެވީމެވެ.)

  23. 23

    قَالَا رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَـٰسِرِينَ

    Q̣aalaa Rabbanaa z̤̣alamnaaa ʹañfusanaa: wa-ʹil lam tag̣fir lanaa wa-tarḥamnaa lanakoonanna minal Khaasireen.

    އޭގެ ދެކަނބަލުން ދެންނެވިއެވެ. އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އަޅަމެން އަޅަމެންގެ އަމިއްލަ نفس އަށް އަނިޔާވެރިވެއްޖައީމެވެ. އިބަރަސްކަލާނގެ އަޅަމެންނަށް ނުފުއްސަވައި އަދި رحمة ނުލެއްވިނަމަ ހަމަކަށަވަރުން އަޅަމެންވާހުށީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

  24. 24

    قَالَ ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَـٰعٌ إِلَىٰ حِينٍ

    Q̣aalah biṭoo baʻḍukum libaʻḍin ʻaduww. Wa-lakum fil ʹarḍi mustaq̣arruñw wamataaʻun ʹilaa ḥeen.

    އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް عدوّ ންކަމުގައިވާ حال ފައިބާށެވެ! (ސުވަރުގެއިން ފައިބާށެވެ!) އަދި ކަލޭމެން قرار ވެ ހަމަޖެހިގެންތިބޭނެތަން ބިމުގައި ކަލޭމެންނަށްވެއެވެ. (އެހެންޏާ ބިމުގެމަތީގައި ނުވަތަ މަރުވުމަށްފަހު ބިމުގެ އަޑީގައެވެ.) އަދި ވަކި مدّت އަކަށް އެތާނގެ ތަކެތީގައި ބޭނުންކޮށް ތިބުންވެއެވެ.

  25. 25

    قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ

    Q̣aala feehaa taḥ-yawna wa-feehaa tamootoona wa-minhaa tukhrajoon.

    އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭމެންގެ حياة ވަނީ، އެބަހީ ދިރިއުޅުންވަނީ އެތާނގައެވެ. އަދި ކަލޭމެން މަރުވުންވަނީ އެތާނގައެވެ. އަދި ކަލޭމެން (އަލުން ދިރިގެން) ނުކުތުންވަނީވެސް ހަމަ އެތަނުންނެވެ.

  26. 26

    يَـٰبَنِىٓ ءَادَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَٰرِى سَوْءَٰتِكُمْ وَرِيشًا ۖ وَلِبَاسُ ٱلتَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ ءَايَـٰتِ ٱللَّهِ لَعَلَّهُمْ يَذَّكَّرُونَ

    Yaa-Baneee ʹaadama q̣ad ʹañzalnaa ʻalaykum libaasañy yuwaaree saw-ʹaatikum wa-reeshaa. Wa-libaasut taq̣waa ẓaalika khayr. Ẓaalika min ʹAayaatil laahi laʻallahum yaẓ-ẓakkaroon.

    އޭ آدم ގެދަރީންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ عورة ނިވާކުރުމަށްޓަކައި ތިމަންރަސްކަލާނގެ ލިބާސް ބާވައިލެއްވީމެވެ. (އެބަހީ: ފޭރާންކުރެވޭނޭގޮތުގެތަކެއްޗާއި އަދި ކުރެވޭނޭގޮތް ކަލޭމެނަށް ދެއްވީމެވެ.) އަދި މުދަލާއި ހިފައިގެންގުޅޭ ތަކެއްޗާއި ޒީނަތްތެރިވާނޭ ފޭރާމާއި ބާވައިލެއްވީމެވެ. އަދި تقوى ވެރިކަމުގެ ފޭރާން (އެބަހީ: صالح عمل ކުރުން އެއީ މާހެޔޮވެގެންވާކަމެކެވެ.) މިކަންތައް ތަކަކީ ތިމަންރަސްކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ دليل ތަކުގެތެރެއިން ވާކަންކަމެވެ. އެއީ އެމީހުން ذكر ކޮށް وعظ نصيحة ލިބިގަނޭތޯއެވެ.

  27. 27

    يَـٰبَنِىٓ ءَادَمَ لَا يَفْتِنَنَّكُمُ ٱلشَّيْطَـٰنُ كَمَآ أَخْرَجَ أَبَوَيْكُم مِّنَ ٱلْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْءَٰتِهِمَآ ۗ إِنَّهُۥ يَرَىٰكُمْ هُوَ وَقَبِيلُهُۥ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا ٱلشَّيَـٰطِينَ أَوْلِيَآءَ لِلَّذِينَ لَا يُؤْمِنُونَ

    Yaa-Baneee ʹAadama laa- yaftinannakumush Shayṭaanu kamaaa ʹakhraja ʹa-bawaykum minal Jannati yañziʻu ʻanhumaa libaasahumaa liyuriyahumaa saw-ʹaati-himaa. ʹInnahoo yaraakum huwa wa-q̣abeeluhoo min ḥays̤u laa- tarawnahum. ʹInnaa jaʻalnash shayaaṭeena ʹawliyaaaʹa lillaẓeena laa- yuʹminoon.

    އޭ آدم ގެދަރީންނެވެ! ކަލޭމެންގެ ކާބަފައިން (آدم ގެފާނާއި حوّاى ގެފާނު) شيطان އާ އައިސް ސުވަރުގެއިން ނެރެލީފަދައިން އެ شيطان އާ ކަލޭމެން فتنة ވެރިކުރިޔަނުދޭށެވެ! އެސޮރުގެ މަކަރުވެރިކަމުގެ ތެރެއަށް ކަލޭމެން ވައްޓައިލިޔަނުދޭށެވެ! ފަހެ އެސޮރުގެ މަކަރުވެރިކަމުން އެދެކަނބަލުންގެ ލިބާސް އެދެކަނބަލުންގެ ކިބައިން ނިގުޅައިގަތެވެ. އެއީ އެދެކަނބަލުންގެ عورة އެދެކަނބަލުންނަށް ފެނުމަށްޓަކައެވެ. ހަމަކަށަވަރުން އެ شيطان އާ އާއި އެސޮރުގެ ނަސްލު އެސޮރުގެ قبيلة ގެމީހުން ކަލޭމެން ދެކޭނެއެވެ. އަދި އެއީ ކަލޭމެނަށް އެބައިމީހުން ނުފެންނާނޭގޮތުންނެވެ. ހަމަކަށަވަރުން شيطان ން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ތިމަންރަސްކަލާނގެ ލެއްވީ ﷲ އަށް އީމާންނުވާ މީހުންނަށެވެ.

  28. 28

    وَإِذَا فَعَلُوا۟ فَـٰحِشَةً قَالُوا۟ وَجَدْنَا عَلَيْهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَا ۗ قُلْ إِنَّ ٱللَّهَ لَا يَأْمُرُ بِٱلْفَحْشَآءِ ۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ

    Wa-ʹiẓaa faʻaloo faaḥishatañ q̣aaloo wajadnaa ʻalayhaaa ʹaabaaaʹanaa wallaahu ʹa-maranaa bihaa. Q̣ul ʹinnal laaha laa- yaʹmuru bilfaḥshaaaʹ. ʹA-taq̣ooloona ʻalal laahi maa laa- taʻlamoon?

    އަދި އެމީހުން فاحش ކަމެއްކޮށްފިއްޔާ އެމީހުން ބުނެއެވެ. މިއީ އަހުރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ވަނިކޮށް އަހުރެމެން ދުއްގޮތެވެ. (އެމީހުން ކުރާތަނުން ދަސްކޮށްގެންކުރާ ކަމެކެވެ.) އަދި މިކަމަށްވަނީ ﷲ އަހުރެމެންނަށް އަމުރުކުރައްވާފައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! فاحش ކަންތަކަށް ﷲ އަމުރު ނުކުރައްވައެވެ. އަދި ނުވެސްކުރައްވާނެއެވެ. ﷲ تعالى ގެ މައްޗަށް ކަލޭމެންނަށް ނޭނގޭތަކެތި ކަލޭމެން ބުނަނީހެއްޔެވެ؟ • މިއާޔަތުގައިމިވާ فاحش ކަންތަކަކީ عربى ންގެ ކޮންމެވެސް ބަޔަކު އިސްލާމްދީން އައުމުގެ ކުރީގައި ގެފުޅުގައި طَوَاف ކުރަނީ عُرِيَان حال ގައި ތިބެގެންނެވެ. އަދި އެމީހުން ބުނަނީ އަހުރެމެން މިކަން މިކުރަނީ ކާބަފައިންކުރިގޮތަށެވެ. އަދި އެކަމަށްވަނީ ﷲ أمر ކުރައްވާފައެވެ. މިކަމަކީ އެމީހުން ﷲ ގެ މައްޗަށް ހަދާ ބޮޑުދޮގެއްކަން بيان ކޮށްދެއްވައި މިއާޔަތް ބާވައިލެއްވިކަމުގައި ބައެއް مفسّر ން ވިދާޅުވެއެވެ. މިހެނީ فاحش ކަންތަކަކީ އިސްލާމްދީން قبول ނުކުރާ އަދި ސަލާމަތް ބުއްދި قبول ނުކުރާ ކަންކަމެވެ.

  29. 29

    قُلْ أَمَرَ رَبِّى بِٱلْقِسْطِ ۖ وَأَقِيمُوا۟ وُجُوهَكُمْ عِندَ كُلِّ مَسْجِدٍ وَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ۚ كَمَا بَدَأَكُمْ تَعُودُونَ

    Q̣ul ʹamara Rabbee bil-q̣isṭ. Wa-ʹaq̣eemoo wujoohakum ʻiñda kulli masjidiñw wadʻoohu mukhliṣeena lahud deen. Kamaa badaʹakum taʻoodoon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ رَبّ އަމުރުކުރައްވާފައިވަނީ عدل ވެރިވުމަށެވެ. (ހުރިހާކަމެއްގައި ސީދާކޮށް حقُّ حقّ އަށް ނު حقُّ ނު حقّ އަށް ބުނުމެވެ.) އަދި ކަލޭމެން ނަމާދުކުރާ ކޮންމެތާކު (ކޮންމެ މިސްކިތެއްގައިވެސް) كعبة ﷲ އަށް - (ގެފުޅަށް) ކަލޭމެންގެ މޫނުތައް ސީދާކޮށް قائم ކުރުމަށެވެ. އަދި އަޅުކަން އެކަލާނގެއަށް إخلاص ތެރިކުރާ حال ކަލޭމެން އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި އެންމެ ފުރަތަމަ ނެތުމުގެތެރެއިން އެކަލާނގެ ކަލޭމެން ހެއްދެވިފަދައިން قيامة ދުވަހުން (މަރުވުމަށްފަހު) އަލުން ދިރުއްވައި އެކަލާނގެ ކަލޭމެން ފޮނުވާނެއެވެ. (محشر ކުރައްވާނެއެވެ.)

  30. 30

    فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيْهِمُ ٱلضَّلَـٰلَةُ ۗ إِنَّهُمُ ٱتَّخَذُوا۟ ٱلشَّيَـٰطِينَ أَوْلِيَآءَ مِن دُونِ ٱللَّهِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ

    Fareeq̣an hadaa wa-fareeq̣an ḥaq̣q̣a ʻalayhimuḍ ḍalaalah: ʹinnahumut takhaẓush shayaaṭeena ʹawliyaaaʹa miñ doonil laahi wa-yaḥsaboona ʹannahum muhtadoon.

    އެއްބަޔަކަށް ﷲ ތެދުމަގުދެއްކެވިއެވެ. ތެދުމަގަށް توفيق ދެއްވިއެވެ. އަދި އަނެއްބަޔަކު (ދަންނައެވެ!) އެމީހުންގެމައްޗަށް މަގުފުރެދުން حقّ ވީއެވެ. އެމީހުން ތިމާމެންގެސަހަރޯވެރިންނަކީ ﷲ ފިޔަވައި شيطان ން ކަމުގައި ބަލައި إختيار ކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން ހީކުރަނީ ހަމަކަށަވަރުން ތިމާމެން މިތިބީ ތެދުމަގުގައިކަމަށެވެ.

  31. 31

    ۞ يَـٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ

    Yaa-Baaneee ʹAadama khuẓoo zeenatakum ʻiñda kulli masjidiñw wakuloo washraboo wa-laa tusrifoo, innahoo laa- yuḥibbul musrifeen.

    އޭ آدم ގެދަރީންނޭވެ! ނަމާދުކުރާ ކޮންމެތަނެއްގައި - އަދި ނަމާދުކުރާ ކޮންމެހިނދެއްގައި (ފޭރާމާއި ދެންވެސް ހުރި އެހެނިހެން ޒީނަތްތެރިކަން ކަލޭމެން ހިފާށެވެ.) إختيار ކުރާށެވެ. އެބަހީ: ނަމާދުކުރާހިނދު ތިމާމެން ތާހިރުވެ ލިބެންހުރި ޒީނަތްތެރިކަމެއް ލިބިގަންނާށެވެ! (ނަމަވެސް އިސްލާމުދީން ހުއްދަދޭ ޒީނަތްތެރިކަމެވެ.) އަދި ކަލޭމެން ކައިބޮއި ހަދާށެވެ! ކަލޭމެން (އެއްކަމެއްގައިވެސް) إسراف ނުކުރާށެވެ! އެހެނީ إسراف ކުރާމީހުންނަށް ހަމަކަށަވަރުން އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ.

  32. 32

    قُلْ مَنْ حَرَّمَ زِينَةَ ٱللَّهِ ٱلَّتِىٓ أَخْرَجَ لِعِبَادِهِۦ وَٱلطَّيِّبَـٰتِ مِنَ ٱلرِّزْقِ ۚ قُلْ هِىَ لِلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا خَالِصَةً يَوْمَ ٱلْقِيَـٰمَةِ ۗ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ

    Q̣ul man ḥarrama zeenatal laahil lateee ʹakhraja liʻibaadihee waṭ-ṭayyibaati minar rizq̣? Q̣ul hiya lil-laẓeena ʹaamanoo fil ḥayaatid dunyaa khaaliṣatañy Yawmal Q̣iyaamah. Kaẓaalika nufaṣṣilul ʹAayaati liq̣awmiñy yaʻlamoon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (لِبَاس އާއި زِيْنَة ތެރިވެވޭ ތަކެތީގެގޮތުން) ﷲ އެކަލާނގެ އަޅުތަކުންނަށް ނެރެދެއްވާ حلال ކުރައްވާފައިވާ ތަކެއްޗާއި އަދި ރިޒުގުގެތެރެއިން އެކަލާނގެ حلال ކޮށްދެއްވާފައިވާ حلال ރަނގަޅުކާނާ - ރިޒުގު - حرام ކުރީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އީމާންވީ މީހުންނަށް ދުނިޔޭގެ حياة ގައި ހުރި ތަކެއްޗެވެ. (ކާފަރުން އެއިން ބޭނުންކޮށްއުޅުނުނަމަވެސް މެއެވެ.) އަދި އެއީ قيامة ދުވަހުން ހަމަ خاصّ ވެ مؤمن ންނަށްވާތަކެއްޗެވެ. ތިމަންރަސްކަލާނގެ އާޔަތްތައް އަދި دليل އާއި حجّة ތަފާތުކޮށް بيان ކޮށް تفصيل ކޮށްދެއްވަނީ ވިސްނާ ފިކުރުކުރާ މީހުންނަށެވެ.

  33. 33

    قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ

    Q̣ul ʹinnamaa ḥarrama Rabbiyal fawaaḥisha maa- z̤̣ahara minhaa wa-maa baṭana wal-ʹis̤ma wal-bag̣ya big̣ayril ḥaq̣q̣i wa-ʹañ tushrikoo billaahi maa- lam yunazzil bihee sulṭaanañw waʹañ taq̣ooloo ʻalal laahi maa laa- taʻlamoon.

    ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ رَبّ حَرَام ކުރެއްވިކަންކަށަވަރީ އެންމެހައި فاحش ކަންތަކެވެ. އެއީ (އިސްލާމްދީން قبول ނުކުރާ އަދި ސަލާމަތް ބުއްދި ނަފުރަތުކުރާ ކޮންމެ ހަޑިހުތުރު ކަންކަމެވެ.) އޭގެތެރެއިން ފާޅުވެ އެނގޭކަންތަކާއި އަދި ފައުޅުނުވެ ވަންހަނާވެގެންވާ ކަންތަކާއިވެސް މެއެވެ. އަދި (އެކަލާނގެ حرام ކުރެއްވީ) ފާފަކުރުމާއި އެއްވެސް حقّ އެއްނެތި ދެކޮޅުހަދާ بغاوة ކުރުމާއި، އަދި ކަލޭމެން އެތަކެތި އެކަލާނގެއާއި شريك ކުރުމަށް އެއްވެސް دليل އެއް حجّة އެއް ބާވައިލައްވާފައިނުވާ ތަކެތި ﷲ އާއި شريك ކުރުމާއި، އަދި ﷲ އާއިމެދު ކަލޭމެންނަށް ނޭނގޭ ތަކެތި ބުނުމެވެ.

  34. 34

    وَلِكُلِّ أُمَّةٍ أَجَلٌ ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ

    Wa-likulli ʹummatin ʹajal: faʹiẓaa jaaaʹa ʹajaluhum laa- yastaʹkhiroona saaʻatañw walaa yastaq̣dimoon.

    (ﷲ އާއި رسول ން ދޮގުކުރި) އަދި ކޮންމެ أمّة އަކަށްވެސް (އެބަޔަކަށް عذاب އައިސް ހަލާކުވުމަށް) އަޖަލެއްވެއެވެ. ކަނޑައެޅި ޢައްޔަން ވެގެންވާ ވަގުތެއްވެއެވެ. ފަހެ އެމީހުންގެ އެވަގުތު އައުމުން ހިނދުކޮޅަކުވެސް އެމީހުން ލަސްނުވާނެއެވެ. އަދި އެމީހުން އެއަށްވުރެ އިސްވެސް ނުވާނެއެވެ. އެބަހީ އެވަގުތަށްވުރެ އެމީހުން ހަލާކު އަވަސްވެސް ނުވާނެއެވެ.

  35. 35

    يَـٰبَنِىٓ ءَادَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَـٰتِى ۙ فَمَنِ ٱتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

    Yaa-Baneee ʹAadama ʹimmaa yaʹtiyannakum rusulum miñkum yaq̣uṣṣoona ʻalaykum ʹAayaatee famanit taq̣aa wa-ʹaṣlaḥa falaa khawfun ʻalayhim wa-laa hum yaḥzanoon.

    އޭ آدم ގެ ދަރީންނޭވެ! ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެންނަށް ކިޔަވައިދެއްވުމަށް ކަލޭމެންގެ ތެރެއިން رسول ބޭކަލުން ވަޑައިގެންފިއްޔާ ދެން އެބޭކަލުންނަށް إيمان ވެ ކިޔަމަންތެރިވެ އަދި إصلاح ކޮށް އެބަހީ صالح عمل ކޮށްހެދި މީހާ ދަންނައެވެ! އެބަހީ تقوى ވެރިވެއްޖެމީހާ ފަހެ އެފަދަމީހުންގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.

  36. 36

    وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱسْتَكْبَرُوا۟ عَنْهَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ

    Wallaẓeena kaẓẓaboo biʹAayaatinaa wastakbaroo ʻan-haaa ʹulaaaʹika ʹAṣḥaabun Naari hum feehaa khaalidoon.

    އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި އެއާޔަތްތަކާމެދު ބޮޑާވެ ކިބުރުވެރިވެއްޖެމީހާ ފަހެ އެފަދަމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.

  37. 37

    فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۚ أُو۟لَـٰٓئِكَ يَنَالُهُمْ نَصِيبُهُم مِّنَ ٱلْكِتَـٰبِ ۖ حَتَّىٰٓ إِذَا جَآءَتْهُمْ رُسُلُنَا يَتَوَفَّوْنَهُمْ قَالُوٓا۟ أَيْنَ مَا كُنتُمْ تَدْعُونَ مِن دُونِ ٱللَّهِ ۖ قَالُوا۟ ضَلُّوا۟ عَنَّا وَشَهِدُوا۟ عَلَىٰٓ أَنفُسِهِمْ أَنَّهُمْ كَانُوا۟ كَـٰفِرِينَ

    Faman ʹaz̤̣lamu mimmanif taraa ʻalal laahi kaẓiban ʹaw kaẓẓaba biʹAayaatih? ʹUlaaaʹika yanaaluhum naṣeebuhum minal Kitaab: Ḥattaaa ʹiẓaa jaaaʹathum rusulunaa yatawaffawnahum q̣aalooo ʹayna maa- kuñtum tadʻoona miñ doonil laah? Q̣aaloo ḍalloo ʻannaa wa-shahidoo ʻalaaa ʹañfusihim ʹannahum kaanoo kaafireen.

    ފަހެ ﷲ ގެމައްޗަށް ދޮގުހަދައިގަތް މީހަކަށްވުރެ ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުރިމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އެމީހުންނަށް ފޮތުން ކަނޑައެޅިފައިވާ نصيب އެމީހުންނަށް ލިބޭނެއެވެ. (އެބަހީ: ހެވާނުބަޔާ ރިޒުގާ އަދި އަޖަލު ކަނޑައެޅިގެންވާގޮތަށް) ފޮތުގައި ކަނޑައެޅިފައިވާ އެއްޗެއް އެމީހުންނަށް ލިބޭނެއެވެ. އެއީ އެމީހުންގެ މަރުހިއްޕެވުމަށް ތިމަންރަސްކަލާނގެ ފޮނުއްވާ ملائكة ބޭކަލުން އެމީހުންނާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އެބޭކަލުން (އެމީހުނަށް) ވިދާޅުވާނެއެވެ. ކަލޭމެން ﷲ ފިޔަވައި އެފަރާތްތަކަށް އަދި އެތަކެއްޗަށް ގޮވިތަކެތި ކޮބައިހެއްޔެވެ؟ އެ އަބާއްޖަވެރިން ދަންނަވާނެއެވެ. އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިއްޖެއެވެ. (އަހުރެމެން ދޫކޮށް އެތަކެތި ހިނގައްޖެއެވެ.) ﷲ وحي ކުރެއްވިއެވެ.) އެމީހުންނީ ކާފަރުންކަމުގައި އެމީހުންގެ نفس ތަކުގެމައްޗަށް އެމީހުން ހެކިވާނެއެވެ.

  38. 38

    قَالَ ٱدْخُلُوا۟ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِكُم مِّنَ ٱلْجِنِّ وَٱلْإِنسِ فِى ٱلنَّارِ ۖ كُلَّمَا دَخَلَتْ أُمَّةٌ لَّعَنَتْ أُخْتَهَا ۖ حَتَّىٰٓ إِذَا ٱدَّارَكُوا۟ فِيهَا جَمِيعًا قَالَتْ أُخْرَىٰهُمْ لِأُولَىٰهُمْ رَبَّنَا هَـٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمْ عَذَابًا ضِعْفًا مِّنَ ٱلنَّارِ ۖ قَالَ لِكُلٍّ ضِعْفٌ وَلَـٰكِن لَّا تَعْلَمُونَ

    Q̣aalad khuloo feee ʹu-mamiñ q̣ad khalat miñ q̣ab-likum minal jinni wal-ʹiñsi fin Naar. Kullamaa dakhalat ʹummatul laʻanat ʹukhtahaa, ḥattaaa ʹiẓad daa-rakoo feehaa jameeʻañ Q̣aalat ʹukh-raahum liʹoolaahum Rabbanaa haaaʹulaaaʹi ʹaḍal-loonaa faʹaatihim ʻaẓaabañ ḍiʻfam minan Naar. Q̣aala likulliñ ḍiʻfuñw walaakil laa taʻlamoon.

    ﷲ (އެމީހުންނަށް قيامة ދުވަހުން) އަންގަވާނެއެވެ. ކަލޭމެންގެކުރިން ނަރަކައަށްވަން ޖިންނިންނާއި އިންސާނުންގެ أمّة ގެތެރެއަށް އެ ޖަމާޢަތަށް ނަރަކައަށް ކަލޭމެންވެސް ވަންނާށެވެ! (އެއީ ކަލޭމެންފަދައިން ކާފަރުކަމާއި ނުކިޔަމަންތެރިކަމުގައި އިސްވެދިޔަ މީހުންނެވެ.) އަދި ކޮންމެ أمّة އެއްގެ މީހުންގޮސް ނަރަކައަށް ވަނުމުން އޭގެ އަނެއް أمّة މި މީހުންނަށް لعنة ދޭނެއެވެ. އެހެންގޮސް އެންމެހައި ކާފަރު أمّة ތައް އެނަރަކައަށް ޖަމާވެ ހަމަވީމާ ފަހުން އައިމީހުން ކުރިން އައިމީހުންނަށް، އިޝާރަތްކޮށް ﷲ އަށް ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! މިތިބަމީހުން މިއީ އަޅަމެން މަގުފުރެއްދި މީހުންނެވެ. ފަހެ އެމީހުންނަށް ނަރަކައިގެ ޑަބަލް عذاب ދެއްވާންދޭވެ! ﷲ އަންގަވާނެއެވެ. ކަލޭމެންކުރެ ކޮންމެ ބަޔަކަށްވެސް ޑަބަލް عذاب ވެއެވެ. އެކަމަކު އެކަމެއް ކަލޭމެންނަކަށް ނޭނގޭނެއެވެ.

  39. 39

    وَقَالَتْ أُولَىٰهُمْ لِأُخْرَىٰهُمْ فَمَا كَانَ لَكُمْ عَلَيْنَا مِن فَضْلٍ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْسِبُونَ

    Wa-q̣aalat ʹoolaahum liʹukhraahum famaa kaana lakum ʻalaynaa miñ faḍliñ faẓooq̣ul ʻaẓaaba bimaa kuñtum taksiboon.

    އަދި އެމީހުންގެ (އެބަހީ: ނަރަކައިގަތިބޭ ކާފަރު أمّة ތަކުގެތެރެއިން) ފަހުން އައިމީހުންނާއި مخاطب ކޮށް ފުރަތަމަތިބި މީހުން ބުނާނެއެވެ. އަހުރެމެންގެ މައްޗަށް ކަލޭމެންނަށް އެއްވެސް މާތްކަމެއް އަދި ހެވެއްނެތެވެ. ފަހެ ﷲ تعالى މިއެންމެންނާ مخاطب ކުރައްވައި އަންގަވާނެއެވެ. ކަލޭމެން ދުނިޔޭގައި ކުރާ ކަމުގައިވީ ނުބައި ކަންތައްތަކުގެ ސަބަބުން عذاب ގެ ރަހަ ލިބިގަންނާށެވެ.

  40. 40

    إِنَّ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱسْتَكْبَرُوا۟ عَنْهَا لَا تُفَتَّحُ لَهُمْ أَبْوَٰبُ ٱلسَّمَآءِ وَلَا يَدْخُلُونَ ٱلْجَنَّةَ حَتَّىٰ يَلِجَ ٱلْجَمَلُ فِى سَمِّ ٱلْخِيَاطِ ۚ وَكَذَٰلِكَ نَجْزِى ٱلْمُجْرِمِينَ

    ʹInnal laẓeena kaẓẓaboo biʹAayaatinaa wastakbaroo ʻanhaa laa- tufattaḥu lahum ʹabwaabus samaaaʹi wa-laa yad-khuloonal Jannata ḥattaa yalijal jamalu fee sammil khiyaaṭ: wa-kaẓaalika najzil mujrimeen.

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި އެއާޔަތްތަކަށް ބޮޑާވެ كِبْرُ ވެރިވެއްޖެ މީހުން (ދަންނައެވެ!) ތިނޯހުގެ ފަގައިން ޖަމަލު ވަދެއްޖައުމަށްދާންދެން އެމީހުންނަށްޓަކައި އުޑުގެ ދޮރުތައް ނުހުޅުވޭނެއެވެ. އަދި އެމީހުން ސުވަރުގެ ނުވަންނާނެއެވެ. (އެމީހުންނަށް رحمة ގެ އަސަރެއްވުމަކީ އެހާވެސް ދުރުކަމެކެވެ.) އަދި مُجْرِمُ ންނަށް އެބަހީ ނުބައިނުލަފާ މީހުންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

  41. 41

    لَهُم مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ ۚ وَكَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ

    Lahum miñ Jahannama mihaaduñw wamiñ faw-q̣ihim g̣awaash: wakaẓaalika najziz̤̣ z̤̣aalimeen.

    އެމީހުންނަށްވަނީ ނަރަކައިގެ އަލިފާނުގެ ތަންމައްޗެކެވެ. އެއީ އެމީހުން އިށީނދެ އޮށޯވެވުމަށެވެ. (އެކަމަކު ދެން އެތާ އޮށޯވެ އަރާމުކުރާނީ ކޮންފަދައަކުންހެއްޔެވެ؟ ތެޅިފޮޅުން ނޫން އެހެންގޮތެއް ނުވެއެވެ. އެކަމަކު މަރެއްވެސް ނުވާނެއެވެ.) އަދި އެމީހުންގެ ގައިމަތީ އެޅުމަށްވަނީ ނަރަކައިގެ އަލިފާނުގެ ރަޖައެކެވެ. ނިވައެކެވެ. (نَعْوذ بِﷲ مِنَ النَّارِ) އަނިޔާވެރިންނަށް - مشرك ންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

  42. 42

    وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ

    Wal-laẓeena ʹaamanoo waʻamiluṣ ṣaaliḥaati laa- nukallifu nafsan ʹillaa wusʻahaaa, ʹulaaaʹika ʹAṣḥaabul Jannati hum feehaa khaalidoon.

    އަދި އީމާންވެގެން صالح عمل ކުރިމީހުން (އެމީހުންނަށް ކުޅަދާނަވާވަރަށް عمل ކުރިމީހުން) އެހެނީ އެއްވެސް نفس އަކަށް ކުޅަދާނަ ނުވާވަރަށް ތިމަންރަސްކަލާނގެ تكليف ނުޖައްސަވައެވެ. އެފަދަމީހުންނަކީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާނގައެވެ.

  43. 43

    وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ ۖ وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى هَدَىٰنَا لِهَـٰذَا وَمَا كُنَّا لِنَهْتَدِىَ لَوْلَآ أَنْ هَدَىٰنَا ٱللَّهُ ۖ لَقَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ ۖ وَنُودُوٓا۟ أَن تِلْكُمُ ٱلْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ

    Wanazaʻnaa maa- fee ṣudoorihim min g̣illiñ tajree miñ taḥ-tihimul ʹanhaar; wa-q̣aalul Ḥamdu lil-laahil laẓee hadaanaa lihaaẓaa: wa-maa kunnaa linahtadiya law-laaa ʹan hadaanal laah. Laq̣ad jaaaʹat rusulu Rabbinaa bilḥaq̣q̣. Wa-noodooo ʹañ til-kumul Jannatu ʹooris̤tumoohaa bimaa kuñtum taʻmaloon.

    އަދި ރުޅިވެރިކަމާއި حسد ވެރިކަމުގެގޮތުން އެމީހުންގެ ހިތްތަކުގައިވާނަމަ ވާތަކެއްޗެއް ތިމަންރަސްކަލާނގެ ނިގުޅައިގެންނެވީމެވެ. އެސުވަރުގެ ވަންތަވެރިންގެ ދަށުން އާރުތައް ދެމޭނެއެވެ. އަދި އެމީހުން ދަންނަވާނެއެވެ. އެންމެހައި حمد އާއި تعريف އެއް خاصّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެނަށް މިސުވަރުގެއަށް އައުމަށް توفيق ދެއްވައި މަގުދެއްކެވި ކަލާނގެއެވެ. އަދި ﷲ އަޅަމެނަށް މިސީދާމަގު ނުދެއްކެވިނަމަ އެކަމަށް ތެދުމަގު ލިބޭނޭ ބަޔަކުކަމުގައި އަޅަމެން ނުވެއެވެ. ހަމަކަށަވަރުން އަޅަމެންގެ رَبّ ގެ رسول ން ވަޑައިގެންނެވީ حقّ އާއިގެންނެވެ. (އަޅަމެން އެ حقّ އާއި تبع ވީއެވެ.) ދެންފަހެ އެމީހުންނަށް نداء އިއްވެވޭނެއެވެ. (އޭ ސުވަރުގޭގެ أهل ވެރިންނޭވެ!) މިއީ އެސުވަރުގެއެވެ. (ތިމަންރަސްކަލާނގެ رسول ން ވަޑައިގެން وعد ކުރެއްވި ސުވަރުގެއެވެ.) ކަލޭމެން އެތަން ކަލޭމެންކުރި ހެޔޮ عمل ގެ ސަބަބުން ވާރުތަކުރީއެވެ.

  44. 44

    وَنَادَىٰٓ أَصْحَـٰبُ ٱلْجَنَّةِ أَصْحَـٰبَ ٱلنَّارِ أَن قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدتُّم مَّا وَعَدَ رَبُّكُمْ حَقًّا ۖ قَالُوا۟ نَعَمْ ۚ فَأَذَّنَ مُؤَذِّنٌۢ بَيْنَهُمْ أَن لَّعْنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ

    Wa-naadaaa ʹAṣḥaabul Jannati ʹAṣḥaaban Naari ʹañ q̣ad wajadnaa maa- waʻadanaa Rabbunaa ḥaq̣q̣añ fahal wajattum maa waʻada Rabbukum ḥaq̣q̣aa? Q̣aaloo naʻam. Faʹaẓẓana Muʹaẓẓinum baynahum ʹal laʻnatul laahi ʻalaz̤̣ z̤̣aalimeen;―

    ސުވަރުގޭގެ އެކުވެރިން ނަރަކައިގެ އެކުވެރިންނަށް ގޮވާނެއެވެ. އަދިބުނާނެއެވެ. ހަމަކަށަވަރުން އަހުރެމެންގެ رَبّ އަހުރެމެންނަށް ކުރެއްވި وعد އެއީ ތެދު حقّ ކަމުގައި އަހުރެމެންނަށް ފެނިއްޖެއެވެ. ފަހެ ކަލޭމެންގެ رَبّ ކަލޭމެނަށް ކުރެއްވި وعد އެއީ حقّ އެއްކަމުގައި ކަލޭމެނަށް ފެނިއްޖެހެއްޔެވެ؟ އެމީހުން ދަންނަވާނެއެވެ. އާއެކެވެ. ދެންފަހެ އެދެބައިމީހުންގެދެމެދުގައި ގޮވާލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. ހަމަކަށަވަރުން އަނިޔާވެރިންގެމައްޗަށް ﷲ ގެ لعنة ހުއްޓެވެ.

  45. 45

    ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا وَهُم بِٱلْـَٔاخِرَةِ كَـٰفِرُونَ

    ʹAllaẓeena yaṣuddoona ʻañ Sabeelil laahi wa-yabg̣oonahaa ʻiwajaa: wa-hum̃ bil-ʹAakhirati kaafiroon.

    އެއަނިޔާވެރިން އެއީ ﷲ ގެމަގު يعني: އިސްލާމްދީން އެހެންމީހުންނަށްވެސް ބަންދުކޮށް ހުރަސްކޮށް ހެދިމީހުންނެވެ. އަދި އެދީނަށް ގުދުކަމާއި ބަޅުކަން އެދޭމީހުންނެވެ. އަދި އެމީހުންވަނީ آخرة ދުވަހަށް ކާފަރުވެގެންނެވެ.

  46. 46

    وَبَيْنَهُمَا حِجَابٌ ۚ وَعَلَى ٱلْأَعْرَافِ رِجَالٌ يَعْرِفُونَ كُلًّۢا بِسِيمَىٰهُمْ ۚ وَنَادَوْا۟ أَصْحَـٰبَ ٱلْجَنَّةِ أَن سَلَـٰمٌ عَلَيْكُمْ ۚ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ

    Wa-baynahumaa ḥijaab. Wa-ʻalal ʹAʻRAAFI rijaaluñy yaʻrifoona kullam biseemaahum. Wa-naadaw ʹAṣḥaabal Jannati ʹañ Salaamun ʻalaykum: lam yad-khuloohaa wa-hum yaṭmaʻoon.

    އަދި އެދެމެދުގައި ހުރަހެއްވެއެވެ. حِجَاب އެއްވެއެވެ. އެބަހީ: ސުވަރުގެޔާ ނަރަކަޔާ ދެމެދު ހުރަހެއްވެއެވެ. އެއީ أعراف އެ ކިޔާ ފާރެވެ. އަދި އެ أعراف ގެމަތީގައި ބަޔަކުވެއެވެ. އަދި އެމީހުންނަށް ކޮންމެބަޔަކުވެސް އެމީހުންގެ علامة ތަކުން ރަނގަޅަށް އެނގެއެވެ. (އެބަހީ: ސުވަރުގެވަންތަވެރިންނާއި ނަރަކަވަންތަވެރިން أعراف ގެ أهل ވެރިންނަށް ރަނގަޅަށް އެނގެއެވެ. އެއީ ސުވަރުގެވަންތަވެރިންގެ މޫނު އަލިވެ އުޖާލާވެގެންވުމާއި ނަރަކަވަންތަވެރިންގެ މޫނުތައް ކަޅުވެގެންވުމާއި ލޯ ނޫވެގެންވުމެވެ.) އަދި އެމީހުން އެބަހީ: أعراف ގެ أهل ވެރިން ސުވަރުގެވަންތަވެރިންނަށް ގޮވާލާނެއެވެ. - (އޭ ސުވަރުގެވަންތަވެރިންނޭވެ.) ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. އެމީހުން يعني: أعراف ގެ أهل ވެރިން އެސުވަރުގެއަށް ވަނުމަށް ދަހިވެތިވެގެންވެއެވެ. އެކަމަކު އެމީހުން އަދި އެތާކަށް ނުވަދެއެވެ.

  47. 47

    ۞ وَإِذَا صُرِفَتْ أَبْصَـٰرُهُمْ تِلْقَآءَ أَصْحَـٰبِ ٱلنَّارِ قَالُوا۟ رَبَّنَا لَا تَجْعَلْنَا مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ

    Wa-ʹiẓaa ṣurifat ʹabṣaaruhum tilq̣aaaʹa ʹAṣḥaabin Naari q̣aaloo Rabbanaa laa- tajʻalnaa maʻal q̣awmiz̤̣ z̤̣aalimeen.

    އަދި އެމީހުން يعني: أعراف ގެމީހުންގެ މޫނުތައް ނަރަކައާއި ދިމާއަށް އަނބުރުވައިލެވިއްޖެއްޔާ (އެތަން ފެނިފައި) އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! މިއަނިޔާވެރި މީސްތަކުންގެ ތެރެއަށް އަޅަމެން ނުލައްވާންދޭވެ!

  48. 48

    وَنَادَىٰٓ أَصْحَـٰبُ ٱلْأَعْرَافِ رِجَالًا يَعْرِفُونَهُم بِسِيمَىٰهُمْ قَالُوا۟ مَآ أَغْنَىٰ عَنكُمْ جَمْعُكُمْ وَمَا كُنتُمْ تَسْتَكْبِرُونَ

    Wa-naadaaa ʹAṣḥaabul ʹAʻRAAFI rijaalañy yaʻrifoonahum̃ biseemaahum q̣aaloo maaa ʹag̣naa ʻañkum jamʻukum wa-maa kuñtum tastakbiroon?

    އަދި أعراف ގެމީހުން (ނަރަކަވަންތަވެރިންކުރެ) ބަޔަކަށް ގޮވައިލާނެއެވެ. އަދި އެމީހުންގައި ހުރި علامة ތަކާއި ނިޝާންތަކުން އެއީ ކޮންބައެއްކަން ރަނގަޅަށް އެނގޭނެއެވެ. އަދި ބުނާނެއެވެ. ކަލޭމެން ދުނިޔޭގައި ޖަމާކުރި ތަކެތީންނާއި އަދި ކަލޭމެންވީ ބޮޑާކަމާއި ކިބުރުވެރިކަމުން ކަލޭމެނަށްވީ ކޮންކަމެއްހެއްޔެވެ؟ (އެއްވެސް ފައިދާއެއް ނުވިއެވެ.

  49. 49

    أَهَـٰٓؤُلَآءِ ٱلَّذِينَ أَقْسَمْتُمْ لَا يَنَالُهُمُ ٱللَّهُ بِرَحْمَةٍ ۚ ٱدْخُلُوا۟ ٱلْجَنَّةَ لَا خَوْفٌ عَلَيْكُمْ وَلَآ أَنتُمْ تَحْزَنُونَ

    ʹA-haaaʹulaaaʹil laẓeena ʹaq̣samtum laa- yanaaluhumul laahu biraḥmah? ʹUdkhulul Jannata laa- khawfun ʻalaykum wa-laaa ʹañtum taḥ-zanoon.

    ﷲ ގެ رحمة ނުލިބޭނެކަމަށް ކަލޭމެން (مشرك ން) ބުނެ ހުވައިކުރީ މި މީހުންނާއި ދިމާލަށްހެއްޔެވެ؟ (އެބަޔަކީ مؤمن ންކުރެ ދެރަވަރު ضعيف ބަޔަކުކަމުގައިވިއެވެ.) ﷲ އެމީހުންނަށް އަންގަވާނެއެވެ. ކަލޭމެން ސުވަރުގެވަންނާށެވެ! އަދި ކަލޭމެންގެމައްޗަކަށް އެއްވެސްބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ.

  50. 50

    وَنَادَىٰٓ أَصْحَـٰبُ ٱلنَّارِ أَصْحَـٰبَ ٱلْجَنَّةِ أَنْ أَفِيضُوا۟ عَلَيْنَا مِنَ ٱلْمَآءِ أَوْ مِمَّا رَزَقَكُمُ ٱللَّهُ ۚ قَالُوٓا۟ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلْكَـٰفِرِينَ

    Wa-naadaaa ʹAṣḥaabun Naari ʹAṣḥaabal Jannati ʹan ʹafeeḍoo ʻalaynaa minal maaaʹi ʹaw mimmaa razaq̣akumul laah. Q̣aalooo ʹinnal laaha ḥarramahumaa ʻalal kaafireen.

    އަދި ނަރަކަވަންތަވެރިން ސުވަރުގެވަންތަވެރިންނަށް ގޮވާނެއެވެ. ބުނާނެއެވެ. ފެނުގެތެރެއިން ކޮންމެވެސް މިންވަރެއް އަހުރެމެންގެ މައްޗަށް އޮއްސައިދީބަލާށެވެ! ނުވަތަ ﷲ تعالى ކަލޭމެންނަށް ދެއްވި رزق ތެރެއިން ބައެއް އަހުރެމެންނަށްވެސް ދީބަލާށެވެ! އެމީހުން އެބަހީ ސުވަރުގެވަންތަވެރިން ބުނާނެއެވެ. ހަމަކަށަވަރުން ﷲ تعالى ވަނީ ކާފަރުންގެމައްޗަށް އެތަކެތި حرام ކުރައްވާފައެވެ.

  51. 51

    ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَهْوًا وَلَعِبًا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ نَنسَىٰهُمْ كَمَا نَسُوا۟ لِقَآءَ يَوْمِهِمْ هَـٰذَا وَمَا كَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ

    ʹAllazeenat takhaẓoo deenahum lahwañw walaʻibañw wag̣arrathumul ḥayaatud dunyaa. Fal-yawma nañsaahum kamaa nasoo liq̣aaaʹa yawmihim haaẓaa wa-maa kaanoo biʹAayaatinaa yajḥadoon.

    އެމީހުންނަކީ އެމީހުންގެ دين ކުޅިވަރާއި މަލާމާތެއްކަމުގައި ހަދައިލި މީހުންނެވެ. އަދި ދުނިޔޭ ދިރިއުޅުން އެމީހުން ހައްލުވައިލާ ވާވައްދައިލިމީހުންނެވެ. ފަހެ އެމީހުންގެ މިދުވަހާއި އެބައިމީހުން ބައްދަލުވުމާމެދު އެމީހުން ހަނދާން ނައްތައިލިފަދައިން ތިމަންރަސްކަލާނގެ މިއަދު އެމީހުންގެމަތީން ހަނދުމަނެތިވެވޮޑިގަންނަވާހުށީމެވެ. (ބަނޑުހައިވެ ފެންބޮވައިގެންފައިވާ حال عذاب ގެތެރެއަށް އެމީހުން ދޫކޮށްލާ ހަނދުމަނެތިވެވޮޑިގަންނަވާހުށީމެވެ. އަދި އެއީ އެމީހުން (ދުނިޔޭގައި) ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ އެއަށް ކާފަރުވާކަމުގެ ސަބަބުންވެސްމެއެވެ.

  52. 52

    وَلَقَدْ جِئْنَـٰهُم بِكِتَـٰبٍ فَصَّلْنَـٰهُ عَلَىٰ عِلْمٍ هُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ

    Wa-laq̣ad jiʹnaahum̃ bi-Kitaabiñ faṣṣalnaahu ʻalaa ʻilmin hudañw waraḥmatal liq̣awmiñy yuʹminoon.

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކާފަރުންގެގާތަށް ފޮތެއް ގެނަސްދީފީމެވެ. (އެއީ އެމީހުންގެ ނަބިއްޔާއަށް ބާވައިލެއްވި قرآن އެވެ.) ތިމަންރަސްކަލާނގެ އެފޮތް (حقّ އާއި باطل ވަކިވާގޮތަށް) تفصيل ކޮށްދެއްވީ ހަމަ ތިމަންރަސްކަލާނގެ ދެނެވޮޑިގަތުމުގެ މަތީންނެވެ. އަދި ތެދުކުރާ ބަޔަކަށް (އީމާންވާ ބަޔަކަށް) ތެދުމަގާއި رحمة އެއްގެގޮތުންނެވެ.

  53. 53

    هَلْ يَنظُرُونَ إِلَّا تَأْوِيلَهُۥ ۚ يَوْمَ يَأْتِى تَأْوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبْلُ قَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشْفَعُوا۟ لَنَآ أَوْ نُرَدُّ فَنَعْمَلَ غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ قَدْ خَسِرُوٓا۟ أَنفُسَهُمْ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ

    Hal yañz̤̣uroona ʹillaa taʹweelah? Yawma yaʹtee taʹweeluhoo yaq̣oolul laẓeena nasoohu miñ q̣ablu q̣ad jaaaʹat rusulu Rabbinaa bilḥaq̣q̣. Fahal lanaa miñ shufaʻaaaʹa fayashfaʻoo lanaaa ʹaw nuraddu fanaʻmala g̣ayral laẓee kunnaa naʻmal? Q̣ad khasirooo ʹañfusahum wa-ḍalla ʻanhum maa kaanoo yaftaroon.

    އެމީހުން ފަހެ އެކަމުގެ تَأْوِيْل އަށްމެނުވީ އެބަ އިންތިޒާރުކުރޭހެއްޔެވެ؟ އެބަހީ އެމީހުން ކުރި ނުބައިކަންތަކުގެ عذاب އަށްމެނުވީ އެމީހުން އެބަ إنتظار ކުރޭހެއްޔެވެ؟ އެމީހުންނަށް އެކަމުގެ عذاب އަންނަދުވަހުން މީގެކުރިން އެކަން ހަނދާންނެތުނުމީހުން ބުނާނެއެވެ. ހަމަކަށަވަރުން އަހަރެމެންގެ ގާތަށް އަހަރެމެންގެ رَبّ ގެ رسول ން حقّ އާއިގެން ވަޑައިގެންނެވިއެވެ. (ފަހެ އެދުވަހުން އެމީހުން އެކަމަށް إقرار ވެ އެއްބަސްވާނެއެވެ. އެކަމަކު ދެން އެއެއްބަސްވުމުގެ އެއްވެސް ފައިދާއެއް ނުވެއެވެ. އަދި އެމީހުން ބުނާނެއެވެ.) ފަހެ އެބަޔަކު އަހުރެމެންނަށް شفاعة ތެރިވާނޭ އެއްވެސް شفاعة ތެރިއަކު އަހުރެމެންނަށް ވާނެބާވައެވެ؟ ނުވަތަ އަހުރެމެން (ދުނިޔޭގައި ކުރިންކުރި) عمل އަށްވުރެ ހެޔޮ عملއެއް ކުރުމަށް އަހުރެމެން ދުނިޔެއަށް އަލުން ރައްދުކުރެވޭނެބާވައެވެ؟ ފޮނުވޭނެބާވައެވެ. (ފޮނުވޭނެނަމަ ކޮންފަދަ ރަނގަޅުހެއްޔެވެ؟) އެމީހުން އެއީ އެމީހުންގެ نفس ތައް ހަމަކަށަވަރުން ގެއްލުމާ ހަލާކުގެތެރެއަށް އެއްލައިލިމީހުންނެވެ. އަދި (ދުނިޔޭގައި) އެމީހުން ދޮގުހެދިހާތަކެތި (އެބަހީ: ﷲ ފިޔަވައި އެތަކެއްޗަށް އެމީހުން އަޅުކަންކުރިހާ ތަކެތި) އެމީހުންގެ ކިބައިން ގެއްލިގެންދިޔައީއެވެ.

  54. 54

    إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلَّيْلَ ٱلنَّهَارَ يَطْلُبُهُۥ حَثِيثًا وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتٍۭ بِأَمْرِهِۦٓ ۗ أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ

    ʹInna Rabbakumul laahul laẓee khalaq̣as samaawaati wal-ʹarḍa fee sittati ʹayyaamiñ s̤ummas tawaa ʻalal ʻarsh. Yug̣shil laylan nahaara yaṭlubuhoo ḥas̤ees̤añw washshamsa wal-q̣amara wan-nujooma musakh-Kharaatim biʹamrih. ʹAlaa lahul Khalq̣u wal-ʹAmr. Tabaarakal laahu Rabbul ʻAalameen!

    (އޭ މީސްތަކުންނޭވެ!) ކަލޭމެންގެ رَبّ އަކީ ﷲ އެވެ. އެކަލާނގެއީ ހަދުވަހުގެތެރޭގައި އުޑުތަކާއި ބިން ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ عَرْش އަށް استوى ވެވޮޑިގެންނެވިއެވެ. އެކަލާނގެ ދުވާލުގެމައްޗަށް ރޭގަނޑުގެންނަވައި ނިވައިކުރައްވައެވެ. ރޭގަނޑު އަވަސްކަމާއިއެކު ދުވާލަށް އެދިގަނެއެވެ. އަދި އިރާއި ހަނދާއި ތަރިތައް އެކަލާނގެ أمر ފުޅަށް ކިޔަމަންވެގެންވެއެވެ. ދަންނާށެވެ! އެންމެހައި ތަކެތި ހެއްދެވުމާއި އެތަކެތީގެ އެންމެހައި އަމުރެއް (އަދި حكم އެއް) خاصّ ވެ ملك ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. ﷲ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. އެއީ عالم ތަކުގެވެރި رَبُّ އެވެ.

  55. 55

    ٱدْعُوا۟ رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُۥ لَا يُحِبُّ ٱلْمُعْتَدِينَ

    ʹUdʻoo Rabbakum taḍarruʻañw wakhufyah: ʹinnahoo laa- yuḥibbul muʻtadeen.

    ނިކަމެތިކަމާއި ބިރުވެތިވެ މަޑުމޮޅިކަމާއިއެކު ކަލޭމެން ކަލޭމެންގެ رَبّ އަށް دعاء ކޮށް ދަންނަވާށެވެ! އަދި އަޅުކަން ކުރާށެވެ! ހަމަކަށަވަރުން (دعاء ކުރުމުގައިވެސް) ހައްދުފަހަނަޅައިދާމީހުންނަށް އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ. (دعاء ކުރުމުގައި ހައްދުފަހަނަޅައި ދިއުމަކީ މިސާލަކަށް - މާއަޑުހަރުކޮށް ހަޅޭލަވާގޮތަށް دعاء ކުރުން - ތިމާއަށް حقّ ނޫން ކަންކަމަށް دعاء ކުރުންފަދަ ކަންކަމެވެ.)

  56. 56

    وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَـٰحِهَا وَٱدْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ ٱللَّهِ قَرِيبٌ مِّنَ ٱلْمُحْسِنِينَ

    Wa-laa tufsidoo fil ʹarḍi baʻda ʹiṣlaaḥihaa wadʻoohu khawfañw waṭamaʻaa: ʹinna Raḥmatal laahi q̣areebum minal Muḥsineen.

    އަދި ބިންގަނޑު إصلاح ވެ ﷲ ގެ كلمة ފުޅު ފައުޅުވެ ހަމަޖެހުމަށްފަހު ކަލޭމެން އެބިމުގައި شريك ކޮށް ނުހަދާށެވެ. شريك ކުރުން އެއީ އެންމެބޮޑު ފަސާދައެވެ. (އަދި ހުރިހާ ބާވަތެއްގެ ފަސާދައެއް މިއާޔަތުގެ ދަށަށް ވަދެއެވެ.) އަދި ކަލޭމެން އެކަލާނގެ عذاب އަށް ބިރުވެތިވާ حال ގައްޔާއި އެކަލާނގެ رحمة އާއި ثواب އަށް އެދި ދަހިވެތިވާ حال އެކަލާނގެއަށް دعاء ކުރާށެވެ! ހަމަކަށަވަރުން إحسان ތެރިންނަށް ﷲ ގެ رحمة ދާދި ގާތްވެގެންވެއެވެ.

  57. 57

    وَهُوَ ٱلَّذِى يُرْسِلُ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۖ حَتَّىٰٓ إِذَآ أَقَلَّتْ سَحَابًا ثِقَالًا سُقْنَـٰهُ لِبَلَدٍ مَّيِّتٍ فَأَنزَلْنَا بِهِ ٱلْمَآءَ فَأَخْرَجْنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِ ۚ كَذَٰلِكَ نُخْرِجُ ٱلْمَوْتَىٰ لَعَلَّكُمْ تَذَكَّرُونَ

    Wa-Huwal laẓee yursilur riyaaḥa bushram bayna yaday raḥmatih: ḥattaaa ʹiẓaaa ʹaq̣allat saḥaabañ s̤iq̣aalañ suq̣naahu libaladim mayyitiñ faʹañzalnaa bihil maaaʹa faʹakhrajnaa bihee miñ kullis̤ s̤amaraat. Kaẓaalika nukhrijul mawtaa laʻallakum taẓakkaroon.

    އަދި އެކަލާނގެ رحمة ކަމުގައިވާ ވާރެއައުމުގެކުރިން ވާރެއައުމުގެ އުފާވެރި ނިޝާނެއްގެގޮތުން ވައިފޮނުއްވީ ހަމަ އެކަލާނގެއެވެ. އެއީ އެ ވައި ފެނުން ބަރުވެފައިވާ ވިލާތައް އުފުލައިފުމަށްދާދެނެވެ. އެއީ މަރުވެ ހަނަފަސްވެފައިވާ ރަށަށް ތިމަންރަސްކަލާނގެ އެފެންދިނުމަށެވެ. ދެންފަހެ އެވިލާގަނޑުން ތިމަންރަސްކަލާނގެ ފެންވެއްސަވަމެވެ. އަދި އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ގަސްގަހުގެ މަތިވަރު (މޭވާއާއި ގޮވާން) ނެރުއްވަމެވެ. ކަލޭމެން (محشر އަށް ފޮނުއްވުމަށް) ކައްވަޅުތަކުން ނެރުއްވާނީ ހަމަ އެފަދައިންނެވެ. (އެވާރޭފެން ވެހުނީމާ ބިމުން ގަސްތައް ފަޅައިގަންނަގޮތަށެވެ. މިކަންމިގޮތަށް بيان ކުރައްވަނީ) ކަލޭމެން آخرة ހަނދާންކޮށް ذِكر ކުރުމަށެވެ.

  58. 58

    وَٱلْبَلَدُ ٱلطَّيِّبُ يَخْرُجُ نَبَاتُهُۥ بِإِذْنِ رَبِّهِۦ ۖ وَٱلَّذِى خَبُثَ لَا يَخْرُجُ إِلَّا نَكِدًا ۚ كَذَٰلِكَ نُصَرِّفُ ٱلْـَٔايَـٰتِ لِقَوْمٍ يَشْكُرُونَ

    Walbaladuṭ ṭayyibu yakhruju nabaatuhoo biʹiẓni Rabbih: wallaẓee khabus̤a laa- yakhruju ʹillaa nakidaa. Kaẓaalika nuṣarriful ʹAayaati liq̣awmiñy yashkuroon.

    އަދި (ބިންގަނޑު) ރަނގަޅު ރަށް (ދަންނައެވެ!) އެރަށުގެ رَبُّ ގެ އިޒުނަފުޅަށް އެރަށުގެ ފަތްޕިލާވެލި ރަނގަޅުކޮށް ނުކުމެއެވެ. އަދި (ބިންގަނޑު) ނުބައިވެގެންވާ ރަށް (ދަންނައެވެ!) މަދުމަދުން އަދި އުނދަގޫކޮށް ވިޔާނުދާ އެއްޗެއްމެނުވީ ނުނުކުމެއެވެ. ނުފަޅައެވެ. އަދި ތިމަންރަސްކަލާނގެ آية ތައް އަދި دليل ތައް ތަފާތުކޮށް ބަދަލުކުރައްވަނީ شكر ކުރާ ބަޔަކަށެވެ. • ދަންނައެވެ! މިއާޔަތުގައި މިވަނީ ﷲ ބާވައިލައްވާ وحي ގެ މިސާލެވެ. ވާރޭވެހުނީމާ ރަނގަޅު ބިންގަނޑަށް ރަނގަޅު އަސަރުކުރާގޮތަށް مؤمن ންގެ ހިތްތަކަށް ރަނގަޅު އަސަރުކޮށް އީމާންވެ އެކަލާނގެއަށް ކިޔަމަންތެރިވެ شكر ކުރެއެވެ. وحي ގެ މިސާލު އެވަނީ ކުރީ އާޔަތުގައި އެވާ ވާރޭގެ މިސާލުގައެވެ. ރަނގަޅު ބިންގަނޑު އެއީ مؤمن އަޅާގެ ހިތެވެ. އަދި ނުބައި ބިންގަނޑު އެއީ ކާފަރުގެ ހިތެވެ. ހަމަ އެފެން ވެހުނީމާ އެއިން އެއްވެސް އަސަރެއްނުކޮށް އީމާންނުވެ ކިޔަމަންނުވެ ﷲ އަށް شكر ނުކުރީއެވެ. والله أعلم.

  59. 59

    لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ

    Laq̣ad ʹarsalnaa Nooḥan ʹilaa q̣awmihee faq̣aala yaa-q̣awmiʻ budul laaha maa- lakum min ʹilaahin g̣ayruh. ʹInneee ʹakhaafu ʻalaykum ʻaẓaaba Yawmin ʻaz̤̣eem!

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ نوح (عليه السّلام) އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އެއްވެސް حقّ إله އަކު ކަލޭމެންނަކަށް ނުވެއެވެ. ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެނަށް އަތުވެދާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ.

  60. 60

    قَالَ ٱلْمَلَأُ مِن قَوْمِهِۦٓ إِنَّا لَنَرَىٰكَ فِى ضَلَـٰلٍ مُّبِينٍ

    Q̣aalal malaʹu miñ q̣aw-miheee ʹinnaa lanaraaka fee ḍalaalim mubeen.

    އެކަލޭގެފާނުންގެ قوم ގެ މީހުން ދެންނެވިއެވެ. (އޭ نوح އެވެ!) އަހުރެމެން ދެކެނީ ކަލޭގެފާނު ބަޔާންވެގެންވާ މަގުފުރެއްދުމެއްގައިވާކަމުގައެވެ.

  61. 61

    قَالَ يَـٰقَوْمِ لَيْسَ بِى ضَلَـٰلَةٌ وَلَـٰكِنِّى رَسُولٌ مِّن رَّبِّ ٱلْعَـٰلَمِينَ

    Q̣aala yaa-q̣awmi laysa bee ḍalaalatuñw walaakinnee Rasoolum mir Rabbil ʻAalameen.

    އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުންގެ ކިބައިގައި އެއްވެސް މަގުފުރެދުމެއްނުވެއެވެ. އަދި އެހެނެއްކަމަކު ތިމަންކަލޭގެފާނީ ހަމަކަށަވަރުން عالم ތަކުގެވެރި رَبّ ގެ حضرة ންވާ رسول އަކީމެވެ.

  62. 62

    أُبَلِّغُكُمْ رِسَـٰلَـٰتِ رَبِّى وَأَنصَحُ لَكُمْ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ

    ʹUballig̣ukum risaalaati Rabbee wa-ʹañṣaḥu lakum wa-ʹaʻlamu minal laahi maa- laa- taʻlamoon.

    ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ رَبّ ގެ رسول ކަން ކަލޭމެނަށް އިއްވައިދެއްވަނީއެވެ. އަދި ކަލޭމެންނަށް نصيحة ތެރިވަނީއެވެ. އަދި ކަލޭމެންނަށް ނޭނގޭތަކެތި ﷲ ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.

  63. 63

    أَوَعَجِبْتُمْ أَن جَآءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ وَلِتَتَّقُوا۟ وَلَعَلَّكُمْ تُرْحَمُونَ

    ʹAwaʻajibtum ʹañ jaaaʹakum ẓikrum mir Rabbikum ʻalaa rajulim miñkum liyuñẓirakum wa-litattaq̣oo wa-laʻallakum turḥamoon.

    އަޅެފަހެ ކަލޭމެންގެތެރެއިން މީހަކަށް ކަލޭމެންގެ رَبّ ގެ حضرة ން نصيحة އާއި وعظ އެއް އަދި ذِكر އެއް އައުމަކީ ކަލޭމެން عجائب ވާކަމަކަށް ވަނީހެއްޔެވެ؟ އެއީ އަދި ކަލޭމެންނަށް إنذار ކުރައްވައި ކަލޭމެން تقوى ވެރިވުމަށް އެންގެވުމަށެވެ. އެއީކަލޭމެންނަށް رحمة ލައްވައިތޯއެވެ.

  64. 64

    فَكَذَّبُوهُ فَأَنجَيْنَـٰهُ وَٱلَّذِينَ مَعَهُۥ فِى ٱلْفُلْكِ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَآ ۚ إِنَّهُمْ كَانُوا۟ قَوْمًا عَمِينَ

    Fakaẓẓaboohu faʹañjaynaahu wallaẓeena maʻahoo fil Fulki wa-ʹag̣raq̣nal laẓeena kaẓẓaboo biʹAayaatinaa. ʹInnahum kaanoo q̣awman ʻameen.

    ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އަދި އެކަލޭގެފާނުންގެ އަރިހުގައިވާ (مؤمن) މީހުން ނާކޮޅުގައި ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ތިމަންރަސްކަލާނގެ (ކަނޑުގައި) غرق ކުރެއްވީމެވެ. މެރުއްވީމެވެ. ހަމަކަށަވަރުން އެމީހުންވީ (حقّ އާއިމެދު) ކަނުވެ އަނދިރިވެގެންވާ ބަޔަކުކަމުގައެވެ. • ދަންނައެވެ! نوح عليه السّلام މިއީ ދުނިޔޭގައި شرك އުފެދުނުފަހުން އެންމެފުރަތަމަ އެކަން މަނާކުރެއްވުމަށް ﷲ ފޮނުއްވި رسول އާއެވެ. آدم عليه السّلام އާއި نوح عليه السّلام ގެ قوم ގައި شرك އުފެދުމާމެދު އެއްހާސް އަހަރުވީކަމުގައިވިއެވެ. އެދުވަސްވަރު شرك ނެތެވެ. އޭގެފަހުން شرك އުފެދި ﷲ ފިޔަވައި ބުދަށް އަޅުކަންކުރަން ފެށުމުން، ﷲ تعالى نوح عليه السّلام رسول ކަމާއިގެން ފޮނުއްވިއެވެ. އެކަލޭގެފާނު دين އަށް ގޮވައިލުންމަތީ ނުވަސަތޭކަ ފަންސާސްއަހަރު ހުންނެވިއެވެ. އީމާންވީ ވަރަށްމަދުބައެކެވެ. އެންމެފަހުން މުޅިދުނިޔެއަށް ބޮޑު طُوفان އެއް ފޮނުއްވައި އެކަލޭގެފާނުންގެ يعني: نوح عليه السّلام ގެ ނައުކޮޅުގައި ތިބިމީހުން ފިޔަވައި އެހެން އެންމެން ކަނޑުގައި غرق ކުރައްވައި މެރުއްވީއެވެ. އެއީ ހައްތާވެސް ކާފަރުންނެވެ. މިވާހަކަ قرآن ގެ އެކިތާ އެކިވަރަށް އެކި عبارة ން އައިސްފައިވެއެވެ. ވާހަކަލިއުމުގެ ދަނޑިވަޅެއްކަމުގައި ނުވީތީ ހަމައެކަނި އާޔަތުގައިވާ ވަރަށް އިހަށް ކުރުކުރީއެވެ.

  65. 65

    ۞ وَإِلَىٰ عَادٍ أَخَاهُمْ هُودًا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۚ أَفَلَا تَتَّقُونَ

    Wa-ʹilaa ʻAadin ʹakhaahum Hoodaa. Q̣aala yaa-q̣awmiʻ budul laaha maa- lakum min ʹilaahin g̣ayruh. ʹAfalaa tattaq̣oon?

    އަދި عاد ބާގައިގެމީހުންގެގާތަށް އެމީހުންގެ أخ هُود (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ ކަލޭމެންނަކަށް (حقّ) އެހެން އެއްވެސް إله އަކު ނުވެއެވެ. ކަލޭމެން ފަހެ تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟

  66. 66

    قَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦٓ إِنَّا لَنَرَىٰكَ فِى سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ ٱلْكَـٰذِبِينَ

    Q̣aalal malaʹul laẓeena kafaroo miñ q̣awmiheee innaa lanaraaka fee safaahatiñw waʹinnaa lanaz̤̣unnuka minal kaaẓibeen.

    އެކަލޭގެފާނުންގެ قوم ގެ ބޮޑެތި ކާފަރުން ދެންނެވިއެވެ. (އޭ هود އެވެ!) އަހުރެމެންނަށް ފެންނަނީ ކަލޭގެފާނު جاهل އަދި މޮޔަކަމެއްގެތެރޭގައިވާކަމަށެވެ. އަދި އަހުރެމެންނަށް ހީވަނީ ހަމަކަށަވަރުން ކަލޭގެފާނު ވަނީ ދޮގުވެރިންގެތެރެއިންކަމަށެވެ.

  67. 67

    قَالَ يَـٰقَوْمِ لَيْسَ بِى سَفَاهَةٌ وَلَـٰكِنِّى رَسُولٌ مِّن رَّبِّ ٱلْعَـٰلَمِينَ

    Q̣aala yaa-q̣awmi laysa bee safaahatuñw walaakinnee Rasoolum mir Rabbil ʻAalameen.

    އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް جاهل ކަމެއް މޮޔަކަމެއް ނުވެއެވެ. އަދި އެހެނެއްކަމަކު އަހުރެންނަކީ عالم ތަކުގެވެރި ربّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކީމެވެ.

  68. 68

    أُبَلِّغُكُمْ رِسَـٰلَـٰتِ رَبِّى وَأَنَا۠ لَكُمْ نَاصِحٌ أَمِينٌ

    ʹUballig̣ukum risaalaati Rabbee wa-ʹana lakum naaṣiḥun ʹameen.

    އަހުރެން އަހުރެންގެ ربّ ގެ رسول ކަން ކަލޭމެންނަށް އިއްވައިދެއްވަނީއެވެ. އަދި އަހުރެންނަކީ ކަލޭމެންނަށްވާ އަމާނާތްތެރި نصيحة ތެރިޔަކީމެވެ.

  69. 69

    أَوَعَجِبْتُمْ أَن جَآءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ ۚ وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ قَوْمِ نُوحٍ وَزَادَكُمْ فِى ٱلْخَلْقِ بَصْۜطَةً ۖ فَٱذْكُرُوٓا۟ ءَالَآءَ ٱللَّهِ لَعَلَّكُمْ تُفْلِحُونَ

    ʹAwaʻajibtum ʹañ jaaaʹakum ẓikrum mir Rabbikum ʻalaa rajulim miñkum liyuñẓirakum? Waẓkurooo ʹiẓ jaʻalakum khulafaaaʹa mim baʻdi q̣awmi Nooḥiñw Wazaadakum fil khalq̣i basṭah. Faẓkurooo ʹaalaaaʹal laahi laʻallakum tufliḥoon.

    ކަލޭމެންފަހެ ކަލޭމެންގެތެރެއިން ފިރިހެނަކަށް ކަލޭމެންގެ رَبّ ގެ حضرة ން ذكر އެއް (نصيحة އާއި وعظ އެއް) އައުމާއިމެދު ކަލޭމެން عجائب ވަނީހެއްޔެވެ؟ އެއީ އެމީހަކު ކަލޭމެންނަށް إنذار ކުރެއްވުމަށެވެ. އަދި نوح (عليه السّلام) ގެ قوم އަށްފަހު ކަލޭމެން ބިމުގައި އެކަލާނގެ خليفة ވެރިކުރެއްވިކަން ކަލޭމެން ހަނދާންކުރާށެވެ! އަދި ކަލޭމެން ހެއްދެވުމުގައި އެކަލާނގެ ކަލޭމެންގެ ހެއްދެވުން ތަނަވަސްކޮށްދެއްވައި އިތުރުކޮށްދެއްވިއެވެ. (ހަށިތައް ބޮޑެތިކޮށް صحّة ފުރިހަމައަށް ހައްދަވައިދެއްވިއެވެ.) އަދި ﷲ ގެ نعمة ތައް ކަލޭމެން ހަނދާންކުރާށެވެ! އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބުލިބޭތޯއެވެ.

  70. 70

    قَالُوٓا۟ أَجِئْتَنَا لِنَعْبُدَ ٱللَّهَ وَحْدَهُۥ وَنَذَرَ مَا كَانَ يَعْبُدُ ءَابَآؤُنَا ۖ فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ

    Q̣aalooo ʹajiʹtanaa linaʻbudal laaha Waḥdahoo Wanaẓara maa- kaana yaʻbudu ʹaabaaaʹunaa? Faʹtinaa bimaa taʻidunaaa ʹiñ kuñta minaṣ ṣaadiq̣een!

    އެމީހުން ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގެންނެވީ ﷲ އަށް އެކަނި އަހުރެމެން އަޅުކަންކުރުމަށް އަމުރުކުރެއްވުމަށާއި އަދި އަހުރެމެންގެ ކާބަފައިން އަޅުކަންކުރާކަމުގައިވިތަކެތި - އެބަހީ ބުދުތައް - އަހުރެމެން ދޫކޮށްލުމަށް އަމުރުކުރައްވަންތޯއެވެ؟ (އެހެން ނުވާނެއެވެ.) ފަހެ ކަލޭގެފާނުވަނީ ތެދުވެރިންގެތެރެއިން ކަމުގައިވަންޏާ އަހުރެމެންނަށް އަންނާނެކަމަށް ތިޔަ وعد ކުރައްވާ (އެ عذاب) ނިކަން ގެނަސްދެއްވައިބައްލަވާށެވެ.

  71. 71

    قَالَ قَدْ وَقَعَ عَلَيْكُم مِّن رَّبِّكُمْ رِجْسٌ وَغَضَبٌ ۖ أَتُجَـٰدِلُونَنِى فِىٓ أَسْمَآءٍ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ

    Q̣aala q̣ad waq̣aʻa ʻalaykum mir Rabbikum rijsuñw wag̣aḍab. ʹAtujaadiloonanee feee ʹasmaaaʹiñ sammaytumoohaaa ʹañtum wa-ʹaabaaaʹukum maa nazzalal laahu bihaa miñ sulṭaan? Fañtaz̤̣irooo ʹinnee maʻakum minal muñtaz̤̣ireen.

    އެކަލޭގެފާނު - އެބަހީ - هُود عليه السّلام - ވިދާޅުވިއެވެ. ހަމަކަށަވަރުން ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެންގެމައްޗަށް عذاب އާއި ކޯފާ واقع ވެއްޖެއެވެ. (އައުން حقّ ވެއްޖެއެވެ.) ކަލޭމެންނާއި ކަލޭމެންގެ ކާބަފައިން ކިޔާފައިވާ ހުސްނަންތަކަކާއިމެދު ކަލޭމެން އަހުރެންނާ ޖަދަލުކުރަނީހެއްޔެވެ؟ އެތަކެއްޗަށް (އެބުތަކަށް އަޅުކަންކުރުމާއިމެދު) އެއްވެސް حجّة އެއް دليل އެއް ﷲ ބާވައިލައްވާފައިނުވެއެވެ. ފަހެ ކަލޭމެންނަށް (ﷲ ކުރައްވާ حكم އަކާއިމެދު) إنتظار ކުރާށެވެ! އަހުރެންވެސް ކަލޭމެންނާއެކު إنتظار ކުރަނީއެވެ.

  72. 72

    فَأَنجَيْنَـٰهُ وَٱلَّذِينَ مَعَهُۥ بِرَحْمَةٍ مِّنَّا وَقَطَعْنَا دَابِرَ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا ۖ وَمَا كَانُوا۟ مُؤْمِنِينَ

    Faʹañjaynaahu wallaẓeena maʻahoo biraḥmatim minnaa wa-q̣aṭaʻnaa daabiral laẓeena kaẓẓaboo biʹAayaatinaa wa-maa kaanoo Muʹmineen.

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނާއި - އެބަހީ - هُود عليه السّلام - އާއި އެކަލޭގެފާނުންގެ އަރިހުގައި އީމާންވެގެންވާ މީހުންނާއި ތިމަންރަސްކަލާނގެ رحمة ން ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީސްތަކުންގެ ބުރިކަށިތައްކަނޑައި ހަލާކުކުރެއްވީމެވެ. އަދި އީމާންވީ މީހުންކަމުގައި އެމީހުން ނުވިއެވެ.

  73. 73

    وَإِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ هَـٰذِهِۦ نَاقَةُ ٱللَّهِ لَكُمْ ءَايَةً ۖ فَذَرُوهَا تَأْكُلْ فِىٓ أَرْضِ ٱللَّهِ ۖ وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ

    Wa-ʹilaa S̤amooda ʹakhaahum Ṣaaliḥaa. Q̣aala yaa-q̣awmiʻ budul laaha maa- lakum min ʹilaahin g̣ayruh. Q̣ad jaaaʹatkum̃ Bayyinatum Mir Rabbikum Haaẓihee Naaq̣atul laahi lakum ʹAayatañ faẓaroohaa taʹkulʻ feee ʹarḍil laahi wa-laa tamassoohaa bisoooʹiñ fayaʹkhuẓakum aẓaabun ʹaleem.

    އަދި ثمود ބާގައިގެމީހުންގެ ގާތަށް އެމީހުން أخ صالح (عليه السّلام) - رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ އެހެންއެއްވެސް (حقّ) إله އެއް ކަލޭމެންނަށް ނުވެއެވެ. ހަމަކަށަވަރުން (އަހުރެން މިބުނާއެތި އެއީ ތެދުކަމުގެ މައްޗަށް دليل ކުރާ) دليل އާއި حجّة ކަލޭމެންނަށް އަތުވެއްޖެއެވެ. އެ حجّة އައިސްފައި މިވަނީ ކަލޭމެންގެ رَبّ ގެ حضرة ންނެވެ. މިއޮތީ ﷲ ގެ جَمَل ފުޅެވެ. އެއީ ކަލޭމެނަށްވާ ބަރާބަރު دليل އެކެވެ. حجّة އެކެވެ. ފަހެ ﷲ ގެ ބިމުން އޭތި ކައިބޮއިއުޅުމަށް ކަލޭމެން ދޫކޮށްލާށެވެ! އެޔަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ގޯނާއެއް ނުކުރާށެވެ! ގޯނާއެއްކޮށް އެޔަށް ނުބައިކަމެއްކޮށްފިއްޔާ ކަލޭމެންނަށް ވޭންދެނިވި عذاب އެއް އަތުވެދާނެއެވެ. • ދަންނައެވެ! ثمود ބާގައިގެމީހުން مُعْجِزَة އަކަށް އެދުނީއެވެ. އެއީ رسول ބޭކަލެއްކަން ثابت ވާފަދަ دليل އެކެވެ. ދެންފަހެ صالح (عليه السّلام) އެމީހުންނާއިގެން އެތާ ދާދިގާތުގައި ބިމުން އުފުލިފައިވާ އުސްގަނޑަކަށް (ބައެއް ރިވާޔަތެއްގައި ކުޑަފަރުބަދައެއްގެގާތަށް ވަޑައިގެންނެވީއެވެ. އެކަލޭގެފާނާ އެމީހުން އެތަނަށްގޮސް ހުއްޓުނުއިރު މާބަނޑު އަންހެނަކު ވިހަން ކުކުރާގޮތަށް އެތަން ކުކުރަނީއެވެ. އިރުކޮޅަކުން އެތަން ފަޅައިގެންގޮސް ދުރުވެފައި އެތަނުން ނުކުތީ އެ جَمَل އެވެ. صالح ގެފާނު ވިދާޅުވިއެވެ. މިއީ ﷲ ގެ جَمَل ފުޅެވެ. އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! އޭތި އަމިއްލައަށް ކައިބޮއިހަދާނެއެވެ. ކަލޭމެން ކިރުފެލާށެވެ! އެއްދުވަހު ރަށުގެފެން ބޯނީ ޖަމަލެވެ. އަނެއް ދުވަހު ކަލޭމެނަށެވެ. ދެން ދުވަސްކޮޅެއްގެފަހު އެރަށުގެ ކާފަރުންގެ جماعة އެއް ނުކުމެ އެ جَمَل ކޮޅު މަރައިލީއެވެ. ދެން ތިންދުވަހުފަހުން އެމީހުންނަށް عذاب އައިސް އެމީހުން މަރުވެދިޔައީއެވެ. އެއީ ގަދައަޑުފަށަކާއިއެކު އައި ގުޑުމެކެވެ. މިވާހަކަވެސް قرآن ގައި تكرار ކޮށްވެއެވެ.

  74. 74

    وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ عَادٍ وَبَوَّأَكُمْ فِى ٱلْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًا وَتَنْحِتُونَ ٱلْجِبَالَ بُيُوتًا ۖ فَٱذْكُرُوٓا۟ ءَالَآءَ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ

    Waẓkurooo ʹiẓ jaʻalakum khulafaaaʹa mim baʻdi ʻAadiñw Wabawwaʹakum fil ʹarḍi tatta-Khiẓoona miñ suhoolihaa q̣uṣoorañw watanḥitoonal jibaala buyootaa. Faẓkurooo ʹaalaaaʹal laahi wa-laa taʻs̤aw fil ʹarḍi mufsideen.

    އަދި عاد ބާގައިގެމީހުންނަށްފަހު ބިމުގެ خليفة އިންކަމުގައި އެކަލާނގެ ކަލޭމެންލެއްވިކަން ކަލޭމެން ހަނދާންކުރާށެވެ! އަދި އެކަލާނގެ ކަލޭމެން ބިމުގައި ހަމަޖައްސަވައި ވަޒަންވެރިކުރެއްވިއެވެ. އަދި އެބިމުގެ ފަސޭހަތަނުގައި - އެބަހީ ހަމަ ބިންތާނގައި - ކަލޭމެން ގަނޑުވަރުތައް ހަދައި އަދި ފަރުބަދަތައް ކޮށައިގެން ކަލޭމެން ގެތައް ހަދަމުއެވެ. ފަހެ (ކަލޭމެންގެމައްޗަށްވާ) ﷲ ގެ نعمة ތައް ކަލޭމެން ހަނދާންކުރާށެވެ!އަދި ކަންތައް ހަލާކުކޮށް ބިމުގައި ފާސިދުކުރާ ބަޔަކުކަމުގައި ކަލޭމެން ނުވާށެވެ!

  75. 75

    قَالَ ٱلْمَلَأُ ٱلَّذِينَ ٱسْتَكْبَرُوا۟ مِن قَوْمِهِۦ لِلَّذِينَ ٱسْتُضْعِفُوا۟ لِمَنْ ءَامَنَ مِنْهُمْ أَتَعْلَمُونَ أَنَّ صَـٰلِحًا مُّرْسَلٌ مِّن رَّبِّهِۦ ۚ قَالُوٓا۟ إِنَّا بِمَآ أُرْسِلَ بِهِۦ مُؤْمِنُونَ

    Q̣aalal malaʹul laẓeenas takbaroo miñ q̣awmihee lillaẓeenas tuḍʻifoo liman ʹaamana minhum ʹataʻlamoona ʹanna Ṣaliḥam mursalum mir Rabbih? Q̣aalooo ʹinnaa bimaaa ʹursila bihee Muʹminoon.

    އަދި صالح ގެފާނަށް އީމާންވި ދެރަނިކަމެތިންނަށް އެ قوم ގެ (ނުކިޔަމަންތެރި) كِبْرُ ވެރި ބޮޑެތިމީހުން - އިސްމީހުން - ބުންޏެވެ. صالح އެއީ އޭނާގެ رَبُّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކުކަން ކަލޭމެންނަށް އެނގޭހެއްޔެވެ؟ އެމީހުން - އެބަހީ ނިކަމެތި ދެރަމީހުން - ބުންޏެވެ. އެކަލޭގެފާނު އެކަމަކާއިގެން ފޮނުވުނު ކަންތަކަށް އަހުރެމެން މިވަނީ އީމާންވެގެންނެވެ.

  76. 76

    قَالَ ٱلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا بِٱلَّذِىٓ ءَامَنتُم بِهِۦ كَـٰفِرُونَ

    Q̣aalal laẓeenas takbarooo ʹinnaa billaẓeee ʹaamañtum̃ bihee kaafiroon.

    كِبْرُ ވެރި ބޮޑާމީހުން ބުންޏެވެ. ކަލޭމެން އެއެއްޗަކަށް އީމާންވީ އެއްޗަށް އަހަރެމެން މިވަނީ ކާފަރުވެގެންނެވެ. (އެބަހީ - صالح ގެފާނުންގެ رسول ކަމަށް އަހަރެމެން މިވަނީ ކާފަރުވެގެންނެވެ.)

  77. 77

    فَعَقَرُوا۟ ٱلنَّاقَةَ وَعَتَوْا۟ عَنْ أَمْرِ رَبِّهِمْ وَقَالُوا۟ يَـٰصَـٰلِحُ ٱئْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلْمُرْسَلِينَ

    Faʻaq̣arun Naaq̣ata wa-ʻataw ʻan ʹamri Rabbihim wa-q̣aaloo yaa-Ṣaaliḥuʹ tinaa bimaa taʻidunaaa ʹiñ kuñta minal mursaleen.

    ދެންފަހެ އެ قوم ގެ ކާފަރުންކުރެބަޔަކު އެ جَمَلُ ކޮޅު މަރައިފިއެވެ. އަދި އެމީހުން އެމީހުންގެ رَبّ ގެ أمر ފުޅަށް އުރެދިއްޖެއެވެ. ނުކިޔަމަންތެރިވެއްޖެއެވެ. އަދި އެމީހުން ބުނީ، އޭ صالح ގެފާނެވެ. ކަލޭގެފާނު ތިޔައީ ފޮނުއްވިގެންވާ رسول ބޭކަލަކުކަމުގައިވަންޏާ އަހުރެމެންނަށް އަންނާނެކަމަށް ތިޔަވިދާޅުވާ عذاب އެއް ނިކަން ގެނަސްދެއްވާށެވެ.

  78. 78

    فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ

    Faʹakhaẓathumur rajfatu faʹaṣbaḥoo fee daarihim jaas̤imeen.

    ދެންފަހެ ގަދައަޑުފަށަކާއި زَلْزَلَة އެއް އައިސް އޭގެ އަޑުފަށަށް އެމީހުންގެ ގޯތިގެދޮރުތަކުގައި މަރުވެ ކަކޫމައްޗަށް ތިރިވެގެންވާ حال އެމީހުން ފަތިސްކޮށްފިއެވެ. އެމީހުން މަރުވެ ހަލާކުވެގެންދިޔައީއެވެ.

  79. 79

    فَتَوَلَّىٰ عَنْهُمْ وَقَالَ يَـٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّى وَنَصَحْتُ لَكُمْ وَلَـٰكِن لَّا تُحِبُّونَ ٱلنَّـٰصِحِينَ

    Fatawallaa ʻanhum wa-q̣aala yaa-q̣awmi laq̣ad ʹablag̣tukum risaalata Rabbee wa-naṣaḥtu lakum wa-laakil laa tuḥibboonan naaṣiḥeen.

    އަދި އެކަލޭގެފާނު - އެބަހީ صالح ގެފާނު އެމީހުންނާ ފުރަގަސްދެއްވާ ވަޑައިގެންފިއެވެ. އަދި އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ހަމަކަށަވަރުން އަހުރެންގެ ރައްބުގެ رسول ކަން އަހުރެން ކަލޭމެންނަށް އިއްވައިފީމެވެ. އަދި އަހުރެން ކަލޭމެނަށް نصيحة ތެރިވެއްޖައީމެވެ. އަދި އެހެނެއްކަމަކު نصيحة ތެރިވާމީހުންނަށް ކަލޭމެން ލޯބިނުކުރީމުއެވެ. އެމީހުންގެ ބަސްނުއެހީމުއެވެ.

  80. 80

    وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَـٰلَمِينَ

    Wa-Looṭan ʹiẓ q̣aala liq̣awmiheee ʹataʹtoonal faaḥishata maa- sabaq̣akum̃ bihaa min ʹaḥadim minal ʻaalameen?

    އަދި لُوط (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. ނުވަތަ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން عالم ގެ އެކަކުވެސް (ދުނިޔޭގެ އެއްވެސްތާކު) ކަލޭމެންގެކުރިން ނުކުރާ فاحِش ކަންތައް ކަލޭމެން ކުރަނީއެވެ. (ފިރިހެންކުޅިކުޅެނީއެވެ.)

  81. 81

    إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ

    ʹInnakum lataʹtoonar rijaala shahwatam miñ doonin nisaaaʹ. Bal ʹañtum q̣awmum musrifoon.

    ހަމަކަށަވަރުން ކަލޭމެން شَهْوَة ގެގޮތުން (އެދުންފުއްދުމުގެގޮތުން) އަންހެނުން ފިޔަވައި ފިރިހެނުން ގެނަސްގަންނަނީއެވެ. لِوَاط ކުރަނީއެވެ. އަދި ކިއެއްހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންނަކީ (حرام ކަންތައްކުރުމާއި އުރެދުމުގައި) إسراف ކުރާ ބައެކެވެ. ހައްދުފަހަނަޅާފައިވާ ބައެކެވެ.

  82. 82

    وَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوهُم مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ

    Wa-maa kaana jawaaba q̣awmiheee ʹillaaa ʹañ q̣aalooo ʹakhrijoohum miñ q̣aryatikum: ʹinnahum ʹunaasuñy yataṭahharoon!

    އަދި އެކަލޭގެފާނުންގެ قوم ގެމީހުންގެ جواب ގައި (އަންނަނިވިފަދައިންމެނުވީ ނުވެއެވެ.) އެމީހުން ބުނީ އެބަހީ އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބުނީ ކަލޭމެން ކަލޭމެންގެ ރަށުން އެމީހުން ނެރޭށެވެ! އެބަހީ لوط ގެފާނާއި އެކަލޭގެފާނަށް تبع ވީމީހުން ނެރޭށެވެ! ހަމަކަށަވަރުން ތިމަންމެން މިއީ طاهر ވެގަންނަ ބަޔަކީމުއެވެ.

  83. 83

    فَأَنجَيْنَـٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَـٰبِرِينَ

    Faʹañjaynaahu wa-ʹahlahooo ʹillam raʹatahoo kaanat minal g̣aabireen.

    ފަހެ އެކަލޭގެފާނާއި - އެބަހީ لُوط (عليه السّلام) އާއި އެކަލޭގެފާނުންގެ أهل ވެރިންކުރެ އެކަލޭގެފާނުންގެ އަނބިކަނބަލުންމެނުވީ ދެންތިބި އެންމެހައި މުއުމިނުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. (އެބަހީ އެކަލޭގެފާނުންގެ އަނބިކަނބަލުންމެނުވީ އެކަލޭގެފާނުންގެ އެންމެހައި أهل ވެރިން ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން އެކަމަނާވީ (عذاب ގައި) ބާކީތިބިމީހުންގެތެރެއިންނެވެ.

  84. 84

    وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ

    Wa-ʹamṭarnaa ʻalayhim maṭaraa: fañz̤̣ur kayfa kaana ʻaaq̣ibatul mujrimeen!

    އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (ވަރަށްނުބައިވެގެންވާ) ވާރޭއަކުން ވާރޭވެއްސެވީމެވެ. ފަހެ ނުބައިނުލަފާމީހުންގެ ނިމުން އެމީހުންގެ ފަހުކޮޅުވެގެންދިޔަގޮތް ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ! އެބަހީ އެކަމަށް فكر ފުޅުކުރައްވާށެވެ!

  85. 85

    وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَـٰحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ

    Wa-ʹilaa Madyana ʹakhaahum Shuʻaybaa. Q̣aala yaa-q̣awmiʻ budul laaha maa- lakum min ʹilaahin g̣ayruh. Q̣ad jaaaʹatkum̃ Bayyinatum mir Rabbikum faʹawful kayla walmeezaana wa-laa tabkhasun naasa ʹashyaaaʹahum wa-laa tufsidoo fil ʹarḍi baʻda ʹiṣlaaḥihaa: ẓaalikum khayrul lakum ʹiñ kuñtum Muʹmineen.

    އަދި مَدْيَنُ ގެ أهل ވެރިންގެގާތަށް އެމީހުންގެ أخ شُعَيْبُ (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ އެހެންއެއްވެސް حقّ إله އެއް ކަލޭމެނަކަށް ނުވެއެވެ. ހަމަކަށަވަރުން ކަލޭމެންގެ رَبّ ގެ حضرة ން بيان ވެގެންވާ دليل އާއި حجّة ކަލޭމެންގެގާތަށް އަތުވެއްޖެއެވެ. ފަހެ މިނުމާއި ކިރުން ކަލޭމެން ފުރިހަމަކުރާށެވެ! އަދި މީސްތަކުންގެ ތަކެތި ކަލޭމެން އުނި ނުކުރާށެވެ! އަދި ބިން صُلح ކޮށް ރަނގަޅަށް އޮތުމަށްފަހު ކަލޭމެން ފާސިދުކޮށް ނުބައިނުކުރާށެވެ! ކަލޭމެންނަކީ مؤمن ން ކަމުގައިވަންޏާ އެގޮތް ކަލޭމެންނަށް ހެޔޮވެގެންވެއެވެ.

  86. 86

    وَلَا تَقْعُدُوا۟ بِكُلِّ صِرَٰطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ بِهِۦ وَتَبْغُونَهَا عِوَجًا ۚ وَٱذْكُرُوٓا۟ إِذْ كُنتُمْ قَلِيلًا فَكَثَّرَكُمْ ۖ وَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ

    Wa-laa taq̣ʻudoo bikulli siraatiñ tooʻidoona wa-taṣuddoona ʻañ Sabeelil laahi man ʹaamana bihee wa-tabg̣oonahaa ʻiwajaa. Waẓ-kurooo ʹiẓ kuñtum q̣aleelañ fakas̤s̤arakum. Wañz̤̣uroo kayfa kaana ʻaaq̣ibatul mufsideen.

    އަދި ކަލޭމެން (شُعَيْبُ ގެފާނުންގެ އަރިހަށްދާމީހުން ބިރުގެންނެވުމަށް) ކޮންމެމަގެއްގައި އިށީނދެ ނުތިބޭށެވެ! އަދި ﷲ އަށް އީމާންވާން އަންނަމީހުން އަޔަނުދީ ﷲ ގެމަގު މީސްތަކުންނަށް ބަންދުކޮށް ނުހަދާށެވެ! އަދި އެމަގު ގުދުކޮށް ކަތިކުރުމަށް ކަލޭމެން މަސައްކަތް ނުކުރާށެވެ! އަދި ކަލޭމެންނަކީ ދާދިމަދުބަޔަކުކަމުގައި ވެފައިވަނިކޮށް އެކަލާނގެ ކަލޭމެންގެ عدد ގިނަކޮށްދެއްވިކަން ހަނދާންކުރާށެވެ! އަދި فاسد ކުރާމީހުންގެ ނިމުން ހުރީ ކޮންފަދައަކުންކަން ކަލޭމެން ނިކަން ދެކެބަލާށެވެ! (އެކަމަށް فكر ކުރާށެވެ!)

  87. 87

    وَإِن كَانَ طَآئِفَةٌ مِّنكُمْ ءَامَنُوا۟ بِٱلَّذِىٓ أُرْسِلْتُ بِهِۦ وَطَآئِفَةٌ لَّمْ يُؤْمِنُوا۟ فَٱصْبِرُوا۟ حَتَّىٰ يَحْكُمَ ٱللَّهُ بَيْنَنَا ۚ وَهُوَ خَيْرُ ٱلْحَـٰكِمِينَ

    Wa-ʹiñ kaana ṭaaaʹifatum miñkum ʹaamanoo billazeee ʹursiltu bihee waṭaaaʹifatul lam yuʹminoo faṣbiroo ḥattaa yaḥkumal laahu baynanaa: wa-Huwa Khayrul Ḥaakimeen.

    އަދި ކަލޭމެންކުރެ ބަޔަކު ތިމަންކަލޭގެފާނު އެކަންކަމާއިގެން ފޮނުވުނު ކަންކަމަށް - އީމާންވިޔަސް އަނެއްބަޔަކު އެކަންކަމަށް އީމާންނުވެއެވެ. ފަހެ އަހުރެމެންނާއި ކަލޭމެންނާއި ދެމެދު ﷲ حكم ކުރައްވާ ނިޔާކުރާންދެން ކަލޭމެން ކެތްތެރިވާށެވެ! އަދި އެކަލާނގެ އެއީ އެންމެހެޔޮކޮށް ނިޔާކުރައްވާ ކަލާނގެއެވެ.

  88. 88

    ۞ قَالَ ٱلْمَلَأُ ٱلَّذِينَ ٱسْتَكْبَرُوا۟ مِن قَوْمِهِۦ لَنُخْرِجَنَّكَ يَـٰشُعَيْبُ وَٱلَّذِينَ ءَامَنُوا۟ مَعَكَ مِن قَرْيَتِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۚ قَالَ أَوَلَوْ كُنَّا كَـٰرِهِينَ

    Q̣aalal malaʹul laẓeenas takbaroo miñ q̣awmihee lanukhrijannaka yaa-Shuʻaybu wallaẓeena ʹaamanoo maʻaka miñ q̣aryatinaaa ʹaw lataʻoodunna fee millatinaa. Q̣aala ʹa-wa law kunnaa kaariheen?

    އެކަލޭގެފާނުންގެ قوم ގެ ބޮޑާވެ كِبر ވެރިވިބޮޑުން ދެންނެވިއެވެ. އޭ شُعَيْبُ ގެފާނެވެ! ކަލޭގެފާނާ ކަލޭގެފާނަށް تبع ވެ އީމާންވެގެންވާ މީހުން އަހުރެމެންގެ ރަށުން ނެރެލާނަމެވެ. ނުވަތަ އަހުރެމެންގެ ދީނަށް ކަލޭމެން ހަމަކަށަވަރުންވެސް ވައްދާނަމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެމެން ނުރުހިތިއްބަސް ތިޔަހެން ހަދައިފާނޫހެއްޔެވެ؟

  89. 89

    قَدِ ٱفْتَرَيْنَا عَلَى ٱللَّهِ كَذِبًا إِنْ عُدْنَا فِى مِلَّتِكُم بَعْدَ إِذْ نَجَّىٰنَا ٱللَّهُ مِنْهَا ۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَا ۚ وَسِعَ رَبُّنَا كُلَّ شَىْءٍ عِلْمًا ۚ عَلَى ٱللَّهِ تَوَكَّلْنَا ۚ رَبَّنَا ٱفْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِٱلْحَقِّ وَأَنتَ خَيْرُ ٱلْفَـٰتِحِينَ

    Q̣adif taraynaa ʻalal laahi kaẓiban ʹin ʻudnaa fee millatikum̃ baʻda ʹiẓ najjaanal laahu minhaa. Wa-maa yakoonu lanaaa ʹan naʻooda feehaaa ʹillaaa ʹañy yashaaaʹal laahu Rabbunaa. Wasiʻa Rabbunaa kulla shayʹin ʻilmaa. ʻAlal laahi tawakkalnaa. Rabbanaf taḥ baynanaa wa-bayna q̣awminaa bilḥaq̣q̣i wa-ʹAñta Khayrul Faatiḥeen.

    ކަލޭމެންގެ دين ން ﷲ އަހުރެމެން ދުރުކުރައްވައި ސަލާމަތްކޮށްދެއްވުމަށްފަހު ދެން ކަލޭމެންގެ دين އަށް އަހުރެމެން ވަދެއްޖެއްޔާ ހަމަކަށަވަރުން އަހުރެމެން ﷲ އަށް ދޮގެއް އުފައްދައިފިކަން ކަށަވަރެވެ. އަހުރެމެންގެ رَبّ ކަމުގައިވާ ﷲ އިރާދަކުރެއްވިއްޔާމެނުވީ އަހުރެމެން އެދީނަށް އަނބުރާ رُجُوعَ ވުމަކީ އެއްގޮތަކަށްވެސް އަހުރެމެންނަށް އޮތްކަމެއްނޫނެވެ. ހުއްދަވެގެންވާނެކަމެއްނޫނެވެ. އަދި އަހުރެންގެ رَبّ ހުރިހާއެއްޗެއްމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އަހުރެން وكيل ކުރަނީ ހަމަ ﷲ އަށެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ قوم ގެމީހުންނާއި އަޅަމެންނާއި ދެމެދު حقّ ގޮތުގައި ނިޔާކުރައްވާ حكم ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި حكم ކުރައްވާ ކަލާނގެއެވެ.

  90. 90

    وَقَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ لَئِنِ ٱتَّبَعْتُمْ شُعَيْبًا إِنَّكُمْ إِذًا لَّخَـٰسِرُونَ

    Wa-q̣aalal malaʹul laẓeena kafaroo miñ q̣awmihee laʹinit tabaʻtum Shuʻayban ʹinnakum ʹiẓal lakhaasiroon!

    އަދި އެކަލޭގެފާނުންގެ قوم ގެ ބޮޑެތި ކާފަރުންގެމީހުން (އޭގެ އެހެންމީހުންނަށް ބުންޏެވެ.) ކަލޭމެން شعيب ގެފާނާއި تبع ވެއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންވާނީ ކަށަވަރުންވެސް ގެއްލިހަލާކުވެގެންވާ މީހުންނަށެވެ.

  91. 91

    فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ

    Faʹakhaẓathumur rajfatu faʹaṣbaḥoo fee daarihim jaas̤imeen.

    ދެން އެމީހުންނަށް رَجْفَة ޖެހިއްޖެއެވެ. އެބަހީ زَلْزَلَة އާއި ގަދައަޑުފަށްގަނޑު އެމީހުންނަށް ޖެހި އެމީހުން މަރުވެ ކަކޫތަކުގެމައްޗަށް ތިރިވެއްޖެއެވެ. އެމީހުންގެ ގޯތިގެދޮރުތަކުގައެވެ.

  92. 92

    ٱلَّذِينَ كَذَّبُوا۟ شُعَيْبًا كَأَن لَّمْ يَغْنَوْا۟ فِيهَا ۚ ٱلَّذِينَ كَذَّبُوا۟ شُعَيْبًا كَانُوا۟ هُمُ ٱلْخَـٰسِرِينَ

    ʹAllaẓeena kaẓẓaboo Shuʻaybañ kaʹal lam yag̣naw feehal laẓeena kaẓẓaboo Shuʻaybañ kaanoo humul khaasireen!

    شُعَيْبُ (عليه السّلام) ދޮގުކުރިމީހުން ދަންނައެވެ! އެމީހުން އެތާ ދިރިނުއުޅޭފަދައެވެ. (އެންމެން މަރުވެ ތަންޑާވީއެވެ.) شُعَيْبُ (عليه السّلام) ދޮގުކުރި މީހުންވީ ކަނޑައެޅިގެން ގެއްލިހަލާކުވެގެންވީ މީހުންކަމުގައެވެ.

  93. 93

    فَتَوَلَّىٰ عَنْهُمْ وَقَالَ يَـٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَـٰلَـٰتِ رَبِّى وَنَصَحْتُ لَكُمْ ۖ فَكَيْفَ ءَاسَىٰ عَلَىٰ قَوْمٍ كَـٰفِرِينَ

    Fatawallaa ʹanhum wa-q̣aala yaa-q̣awmi laq̣ad ʹablag̣tukum risaalaati Rabbee wa-naṣaḥtu lakum; fakayfa ʹaasaa ʻalaa q̣awmiñ kaafireen.

    ދެންފަހެ އެކަލޭގެފާނު އެމީހުންނާ ދުރަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. އޭ އަހުރެންގެ قوم މީހުންނޭވެ! ހަމަކަށަވަރުން އަހުރެން އަހުރެންގެ رَبّ ގެ رسول ކަން ކަލޭމެންނަށް އިއްވައިދީފީމެވެ. އަދި ކަލޭމެންނަށް އަހުރެން نصيحة ތެރިވެއްޖައީމެވެ. (ފަހެ އެހެންނަމަވެސް ކަލޭމެން އީމާންނުވެ ކާފަރުވެއްޖައީމެވެ.) ކާފަރުބައެއްގެ މައްޗަށް އަހުރެން ހިތާމަކުރަންވީ ކޮންފަދައަކުންހެއްޔެވެ؟

  94. 94

    وَمَآ أَرْسَلْنَا فِى قَرْيَةٍ مِّن نَّبِىٍّ إِلَّآ أَخَذْنَآ أَهْلَهَا بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَضَّرَّعُونَ

    Wa-maaa ʹarsalnaa fee q̣aryatim min nabiyyin ʹillaaa ʹakhaẓnaaa ʹahlahaa bil-baʹsaaaʹi waḍḍarraaaʹi laʻallahum yaḍḍarraʻoon.

    (ދެންފަހެ الله وَحِي ކުރެއްވިއެވެ.) އަދި އެއްވެސް ރަށަކަށް އެއްވެސް نبي އަކު ތިމަންރަސްކަލާނގެ ފޮނުއްވައިފިއްޔާ އެރަށެއްގެ أهل ވެރިންނަށް فقير ކަމާއި އުނދަގޫތައް ޖައްސަވައިފާމެނުވީ ނުވެއެވެ. އެއީ އެމީހުން މަޑުމޮޅިވެ ބިރުވެތިވޭތޯއެވެ.

  95. 95

    ثُمَّ بَدَّلْنَا مَكَانَ ٱلسَّيِّئَةِ ٱلْحَسَنَةَ حَتَّىٰ عَفَوا۟ وَّقَالُوا۟ قَدْ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذْنَـٰهُم بَغْتَةً وَهُمْ لَا يَشْعُرُونَ

    S̤umma baddalnaa makaanas sayyiʹatil ḥasanata ḥattaa ʻafaw Waq̣aaloo q̣ad massa ʹaabaaaʹanaḍ ḍarraaaʹu wassarraaaʹu faʹakhaẓnaahum̃ bag̣tatañw wahum laa- yashʻuroon.

    ދެން ތިމަންރަސްކަލާނގެ އެމީހުންގެ އެނުބައި (އެބަހީ فقير ކަމާއި އުނދަގޫ) ހެޔޮކަމަށް ބަދަލުކުރައްވަމެވެ. (ތަނަވަސްކަމާއި އުފާވެރިކަމަށް ބަދަލުކުރައްވަމެވެ.) އެއީ އެމީހުން މުދަލާއި ދަރިންގިނަކޮށްފުމަށް ދާންދެންނެވެ. އަދި އެމީހުން ބުނެއެވެ. އަހުރެމެންގެ ކާބަފައިންނަށް އުނދަގުލާއި ފަސޭހަ (ނުވަތަ فقير ކަމާއި މުއްސަނދި) ކަންޖެހުނެވެ. ދެންފަހެމިބައިމީހުން ﷲ ގެ އަމުރުފުޅަށް އެއްވެސް ފަރުވާލެއްނެތި މަޖާކުރަން ތިއްބާ ހަމަކުއްލިއަކަށް ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވަމެވެ. އެމީހުންނަށް އެއްވެސް إحساس އެއްވެސްނުވާ حال ގައެވެ. އެއީ ﷲ ގެ مَكر އެވެ. إسْقِدْرَاج އެވެ. މުހުލަތުދެއްވާފައި ހިތްޕެވުމެވެ.

  96. 96

    وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَـٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ وَلَـٰكِن كَذَّبُوا۟ فَأَخَذْنَـٰهُم بِمَا كَانُوا۟ يَكْسِبُونَ

    Wa-law ʹanna ʹahlal q̣uraaa ʹaamanoo wattaq̣aw lafataḥnaa ʻalayhim barakaatim minas samaaaʹi wal-ʹarḍi wa-laakiñ kaẓẓaboo faʹakhaẓnaahum̃ bimaa kaanoo yaksiboon.

    އަދި ހަމަކަށަވަރުން އެރަށްރަށަށް رسول ބޭކަލުން ވަޑައިގެންނެވި ރަށްރަށުގެ أهل ވެރިން އީމާންވެ تقوى ވެރިވީނަމަ ހަމަކަށަވަރުން އުޑާއިބިން ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް بركاة ތައް އެބަހީ ގިނަހެޔޮތައް ހުޅުވައިދެއްވާ ފަސޭހަކޮށްދެއްވީސްކަން ކަށަވަރެވެ. އަދި އެހެންނަމަވެސް އެމީހުން (އެ رسول ންނާއި އެބޭކަލުން ގެންނެވިތަކެތި ދޮގުކުރީއެވެ.) ދެންފަހެ އެމީހުންކުރި ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކުކުރެއްވީމެވެ.

  97. 97

    أَفَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا بَيَـٰتًا وَهُمْ نَآئِمُونَ

    ʹA-faʹamina ahlul q̣uraaa ʹañy yaʹtiyahum baʹsunaa bayaatañw wahum naaaʹimoon?

    އަޅެފަހެ ރަށްރަށުގެ أهل ވެރިން އެމީހުން ނިދާފައިތިއްބާ ރޭގަނޑުގެ ވަގުތުގައި އެމީހުންނަށް ތިމަންރަސްކަލާނގެ ކޯފާއާއި عذاب ނާންނާނެކަމަށް އެމީހުން އެތިބީ އަމާންވެގެންހެއްޔެވެ؟ (އެހެންތިބެން ހެޔޮނުވާނެއެވެ.)

  98. 98

    أَوَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ

    ʹA-waʹamina ʹahlul q̣uraaa ʹañy yaʹtiyahum baʹsunaa ḍuḥañw wahum yalʻaboon?

    އަދި ރަށްރަށުގެ أهل ވެރިން އެމީހުން ދުވާލުގެ ضُحَى ވަގުތު ކުޅެންތިއްބާ އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ ކޯފާއާއި عذاب ނާންނާނެކަމަށް އެމީހުން އެތިބީ އަމާންވެގެންހެއްޔެވެ؟ (އެހެންތިބެން ހެޔޮނުވާނެއެވެ. - ދިވެހިރާއްޖެއަށްވެސް ފުރަތަމަސުނާމީއައިސް ބަޔަކު މަރުވެގެންދިޔައީ އެވަޤުތުއެވެ.)

  99. 99

    أَفَأَمِنُوا۟ مَكْرَ ٱللَّهِ ۚ فَلَا يَأْمَنُ مَكْرَ ٱللَّهِ إِلَّا ٱلْقَوْمُ ٱلْخَـٰسِرُونَ

    ʹA-faʹaminoo makral laaḥ? Falaa yaʹmanu makral laahi ʹillal q̣awmul khaasiroon!

    އެމީހުން ފަހެ ﷲ ގެ މަކަރަށް އަމާންވީހެއްޔެވެ؟ ގެއްލިހަލާކުވެގެންވާ ބަޔަކުމެނުވީ ﷲ ގެ މަކަރަށް އަމާންނުވާނެއެވެ.

  100. 100

    أَوَلَمْ يَهْدِ لِلَّذِينَ يَرِثُونَ ٱلْأَرْضَ مِنۢ بَعْدِ أَهْلِهَآ أَن لَّوْ نَشَآءُ أَصَبْنَـٰهُم بِذُنُوبِهِمْ ۚ وَنَطْبَعُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَسْمَعُونَ

    ʹA-walam yahdi lillaẓeena yaris̤oonal ʹarḍa mim baʻdi ʹahlihaaa ʹal law nashaaaʹu ʹaṣabnaahum̃ biẓunoobihim, wa-naṭbaʻu ʻalaa q̣uloobihim fahum laa- yasmaʻoon?

    ބިމުގައި ކުރީ ދިރިއުޅުނުމީހުން ހަލާކުވެދިއުމަށްފަހު ދެން އެބިން ވާރުތަކުރިމީހުންނަށް بيان ވެ ނޭނގޭބާވައެވެ. އެހެނީ ތިމަންރަސްކަލާނގެ (އެމީހުން ހަލާކުކުރެއްވިފަދައިން) މިމީހުންވެސް މިމީހުން ކުރި ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެދިވޮޑިގެންފިއްޔާ ހަލާކުކުރައްވާފާހުށިކަން.. އަދި އެމީހުންގެ ހިތްތަކުގެމަތީގައި ސިއްކަޖައްސަވާފާހުށިކަން.. ދެން އޭރުން (وعظ އާއި نصيحة ގެ އަޑު އެމީހުންނަށް ނުއިވޭހުއްޓެވެ.)

  101. 101

    تِلْكَ ٱلْقُرَىٰ نَقُصُّ عَلَيْكَ مِنْ أَنۢبَآئِهَا ۚ وَلَقَدْ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَمَا كَانُوا۟ لِيُؤْمِنُوا۟ بِمَا كَذَّبُوا۟ مِن قَبْلُ ۚ كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلْكَـٰفِرِينَ

    Tilkal q̣uraa naq̣uṣṣu ʻalayka min ʹambaaaʹihaa. Wa-laq̣ad jaaaʹathum rusuluhum̃ bil-Bayyinaat: famaa kaanoo liyuʹminoo bimaa kaẓẓaboo miñ q̣abl. Kaẓaalika yaṭbaʻul laahu ʻalaa q̣uloobil kaafireen.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް އެރަށްރަށުގެ خبر ތައް ތިމަންރަސްކަލާނގެ މިއަންގަވާ بيان ކޮށްދެއްވާ ރަށްރަށް (ދަންނައެވެ!) ހަމަކަށަވަރުން އެރަށްރަށުގެ أهل ވެރިންގެގާތަށް އެމީހުންގެ رسول ބޭކަލުން بيان ވެގެންވާ دليل ތަކާއި حجّة ތަކާއިގެން ވަޑައިގެންނެވިއެވެ. ފަހެ މީގެކުރީން އެމީހުން ދޮގުކުރިތަކެތި ތެދުކޮށް އީމާންވީ ބަޔަކުކަމުގައި އެމީހުން ނުވިއެވެ. (އެބަހީ އެމީހުންނަކީ އެމީހުން ދުނިޔެއަށް އައުމުގެކުރިން ﷲ ގެ ދެނެވޮޑިގަތުމުގައި އެއީ ދޮގުވެރިންކަމުގައި އަދި އެމީހުން ރަސޫލުބޭކަލުން ގެންނަވާނޭތަކެތި ދޮގުކުރާނޭކަމުގައިވާ މީހުންނެވެ. ދެން رسول ބޭކަލުން ވަޑައިގެންނެވިހިނދުންވެސް ﷲ ގެ ދެނެވޮޑިގަތުމުގައިވާފަދައިން އެމީހުން ދޮގުކުރީއެވެ. ދަންނައެވެ! މިއާޔަތުގެ ترجمة ގައި ބަސްތަފާތުވެފައިވެއެވެ. މިތާ ލިޔެވިފައި މިވަނީ أَبُو جَعْفَرُ الطَّبَرِى ތާއީދު ކުރެއްވި ގޮތެވެ.) والله أعلم.\nއަދި ﷲ تعالى ކާފަރުންގެ ހިތްތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވަނީ އެފަދައިންނެވެ.

  102. 102

    وَمَا وَجَدْنَا لِأَكْثَرِهِم مِّنْ عَهْدٍ ۖ وَإِن وَجَدْنَآ أَكْثَرَهُمْ لَفَـٰسِقِينَ

    Wa-maa wajadnaa liʹaks̤arihim min ʻahd. Wa-ʹiñw wajadnaaa ʹaks̤arahum lafaasiq̣een.

    އަދި އެމީހުންކުރެ ގިނަމީހުންގެ ކިބައިން އެއްވެސް ގޮތަކުން عهد ފުއްދުމެއް ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ. އަދި އޭގެތެރެއިން ގިނަމީހުން އެއީ فاسق ންކަމުގައި މެނުވީ ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ.

  103. 103

    ثُمَّ بَعَثْنَا مِنۢ بَعْدِهِم مُّوسَىٰ بِـَٔايَـٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَظَلَمُوا۟ بِهَا ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ

    S̤umma baʻas̤naa mim baʻdihim Moosaa biʹAayaatinaaa ʹilaa Firʻawna wa-malaʹihee faz̤̣alamoo bihaa: fañz̤̣ur kayfa kaana ʻaaq̣ibatul mufsideen.

    ދެން އެމީސްތަކުންނަށްފަހު ތިމަންރަސްކަލާނގެ އާޔަތްތަކާއި حجّة ތަކާއިގެން موسى (عليه السّلام) فرعون އާއި އޭނާގެ ބޮޑުންގެގާތަށް ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެމީހުންވީ އެއާޔަތްތަކަށް ކާފަރުވީ ބަޔަކުކަމުގައެވެ. ފަހެ فاسد ންގެ (ފަސާދަކުރާމީހުންގެ) ފަހުކޮޅު ވެގެންދިޔަގޮތް ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ.

  104. 104

    وَقَالَ مُوسَىٰ يَـٰفِرْعَوْنُ إِنِّى رَسُولٌ مِّن رَّبِّ ٱلْعَـٰلَمِينَ

    Wa-q̣aala Moosaa Yaa- -Firʻawnu ʹinnee Rasoolum mir Rabbil ʻAalameen.

    އަދި موسى (عليه السّلام) ވިދާޅުވިއެވެ. އޭ فرعون އެވެ. ހަމަކަށަވަރުން އަހުރެން މިއީ عالم ތަކުގެ ވެރި رَبّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކީމެވެ.

  105. 105

    حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ قَدْ جِئْتُكُم بِبَيِّنَةٍ مِّن رَّبِّكُمْ فَأَرْسِلْ مَعِىَ بَنِىٓ إِسْرَٰٓءِيلَ

    Ḥaq̣eeq̣un ʻalaaa ʹal laaa ʹaq̣oola ʻalal laahi ʹillal ḥaq̣q̣. Q̣ad jiʹtukum̃ bi-Bayyinatim mir Rabbikum faʹarsil maʻiya Baneee ʹIsraaaʹeel.

    ﷲ އަށް حقّ ބަހެއްމެނުވީ ނުބުނުން އަހުރެންނަށް واجب ވެގެންވެއެވެ. ހަމަކަށަވަރުން އަހުރެން ކަލޭމެން ގާތަށް މިއައީ ބަޔާންވެގެންވާ دليل އާއިގެންނެވެ. ކަލޭމެންގެ رَبّ ގެ حضرة ންނެވެ. ފަހެ އެހެންވެ އަހުރެންނާއެކު بني إسرائيل ން ފޮނުއްވައިދެއްވާށެވެ!

  106. 106

    قَالَ إِن كُنتَ جِئْتَ بِـَٔايَةٍ فَأْتِ بِهَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ

    Q̣aala ʹiñ kuñta jiʹta biʹAayatiñ faʹti bihaaa ʹiñ kuñta minaṣ ṣaadiq̣een.

    އޭނާ ބުންޏެވެ. (އެބަހީ: فرعون ވިދާޅުވިއެވެ.) ކަލޭ ތިޔަ އައީ معجزة އަކާއިގެންކަމަށްވަންޏާ އެ معجزة އެއް ނިކަން ގެނަސްބަލާށެވެ! ކަލޭ ތެދުވެރިންގެތެރެއިންވާ ކަމުގައިވަންޏާއެވެ.

  107. 107

    فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌ مُّبِينٌ

    Faʹalq̣aa ʻAṣaahu faʹiẓaa hiya s̤uʻbaanum mubeen!

    ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ އަސާކޮޅު އެއްލަވައިފިއެވެ. ދެން އެހައިރުން އޭތި بيان ވެގެންވާ ހަރުފަޔަކަށްވެއްޖެއެވެ.

  108. 108

    وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّـٰظِرِينَ

    Wa-nazaʻa yadahoo faʹiẓaa hiya bayḍaaaʹu linnaaz̤̣ireen!

    އަދި އެކަލޭގެފާނުންގެ އަތްޕުޅު (ޖީބުގެތެރެއިން) ނެރުއްވައިފިއެވެ. އެހައިރުން އެއަތްޕުޅު ބަލާމީހުންނަށް ހުދުއެއްޗެއްގެގޮތުގައި ފެނެއެވެ.

  109. 109

    قَالَ ٱلْمَلَأُ مِن قَوْمِ فِرْعَوْنَ إِنَّ هَـٰذَا لَسَـٰحِرٌ عَلِيمٌ

    Q̣aalal malaʹu miñ q̣awmi Firʻawna ʹinna haaẓaa lasaaḥirun ʻaleem.

    فرعون قوم ގެ ބޮޑެތިމީހުން ދެންނެވިއެވެ. ހަމަކަށަވަރުން މިއީ سِحر ދަންނަ سِحر ވެރިއެކެވެ.

  110. 110

    يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُمْ ۖ فَمَاذَا تَأْمُرُونَ

    Yureedu ʹañy yukhrijakum min ʹarḍikum: famaaẓaa taʹmuroon?

    އޭނާ އެދެނީ ކަލޭމެންގެބިމުން ކަލޭމެން ނެރެލާށެވެ. (فرعون ވިދާޅުވިއެވެ.) ފަހެ ކަލޭމެންނަށް ފެންނަގޮތަކީ ކޮބައިހެއްޔެވެ؟

  111. 111

    قَالُوٓا۟ أَرْجِهْ وَأَخَاهُ وَأَرْسِلْ فِى ٱلْمَدَآئِنِ حَـٰشِرِينَ

    Q̣aalooo ʹarjih wa-ʹakhaahu wa-arsil fil Madaaaʹini ḥaashireena.

    އެމީހުން ދެންނެވިއެވެ. އެކަލޭގެފާނާ އެކަލޭގެފާނުންގެ أخ ގެ ކަންތައް ފަސްކުރައްވާށެވެ! (ނުވަތަ އެމީހުން ބަންދުކުރާށެވެ!) އަދި މަނިކުފާނު ރައްތަކަށް (ސިފައިން) ފޮނުއްވާ (سِحر ވެރިން) އެއްކުރައްވާށެވެ!

  112. 112

    يَأْتُوكَ بِكُلِّ سَـٰحِرٍ عَلِيمٍ

    Yaʹtooka bikulli saaḥirin ʻaleem.

    އޭރުން މަނިކުފާނުންގެ އަރިހަށް سِحر ދަންނަ ކޮންމެ سِحر ވެރިޔަކާއިގެން އެމީހުން އަންނާނެއެވެ. (ދެން فرعون އެކިރަށްރަށަށް ސިފައިން ފޮނުއްވައި سِحر ވެރިން ޖަމާކުރީއެވެ.)

  113. 113

    وَجَآءَ ٱلسَّحَرَةُ فِرْعَوْنَ قَالُوٓا۟ إِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَـٰلِبِينَ

    Wa-jaaaʹas saḥaratu Firʻawna q̣aalooo ʹinna lanaa laʹajran ʹiñ kunnaa naḥnul g̣aalibeen.

    އަދި فرعون ގެ سِحر ވެރިންތައް އަތުވެއްޖެއެވެ. (އަދި އެމީހުން فرعون އަށް ދެންނެވި އެވެ.) އަހުރެމެން ގަދަވެއްޖެކަމަށް ވަންޏާ ހަމަކަށަވަރުން އަހުރެމެންނަށް ބޮޑު އުޖޫރައެއް އޮންނާންވާނެއެވެ.

  114. 114

    قَالَ نَعَمْ وَإِنَّكُمْ لَمِنَ ٱلْمُقَرَّبِينَ

    Q̣aala naʻam wa-ʹinnakum laminal muq̣arrabeen.

    فرعون ވިދާޅުވިއެވެ. އާއެކެވެ. އަދި ހަމަކަށަވަރުން ކަލޭމެންނަކީ އަހުރެންގެގާތް މީހުންކަމުގައި ވާނޭ މީހުންނެވެ. އެންމެ ކުއްތަންވެގެންވާ މީހުންނެވެ.

  115. 115

    قَالُوا۟ يَـٰمُوسَىٰٓ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ نَحْنُ ٱلْمُلْقِينَ

    Q̣aaloo yaa-Moosaaa ʹimmaaa ʹañ tulq̣iya wa-ʹimmaaa ʹan nakoona naḥnul mulq̣een?

    އެމީހުން ދެންނެވިއެވެ. އެބަހީ سِحر ވެރިން ދެންނެވިއެވެ. އޭ موسى އެވެ! އެހެންޏާ ކަލޭގެފާނު ކަލޭގެފާނުންގެ އަސާކޮޅު) އެއްލާށެވެ! އެހެންޏާ އަހުރެމެން މިއީ އެއްލާބަޔަކު ކަމުގައި ވާހުށީމެވެ.

  116. 116

    قَالَ أَلْقُوا۟ ۖ فَلَمَّآ أَلْقَوْا۟ سَحَرُوٓا۟ أَعْيُنَ ٱلنَّاسِ وَٱسْتَرْهَبُوهُمْ وَجَآءُو بِسِحْرٍ عَظِيمٍ

    Q̣aala ʹalq̣oo. Falammaaa ʹalq̣aw saḥarooo ʹaʻyunan naasi wastarhaboohum wa-jaaaʹoo bisiḥrin ʻaz̤̣eem.

    އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ سِحر ގެތަކެތި ميدان އަށް) އުކާށެވެ! (سِحر ހަދާށެވެ!) ދެންފަހެ އެމީހުން އެމީހުންގެ (سِحر ގެ ވާބުރިތަކާއި ދަނޑިބުރިތައް) އުކައިލިހިނދުން / އެތަކެތި ميدان އަށް އަޅައިލިހިނދުން މީސްތަކުންގެ ލޯތަކަށް سِحر ޖެހިއްޖެއެވެ. ލޯތަކުގެ ފެނުން ބަދަލުވެގެން ހިނގައްޖެއެވެ. (އެދަނޑިބުރިތަކާއި ވާބުރިތައް ދިރޭހަރުފަތަކަކަށްވެގެން حركاة ކުރަން ފަށައިފިއެވެ.) އަދި އެބައިމީހުންގެ މިކަންތަކުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެއްޖެއެވެ. އެމީހުން އެހެދީ، ހަމަބޮޑުވެގެންވާ سِحر އެކެވެ.

  117. 117

    ۞ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ

    Wa-ʹawḥaynaaa ʹilaa Moosaaa ʹan ʹalq̣i ʻAṣaak: faʹiẓaa hiya talq̣afu maa- yaʹfikoon!

    އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް وحي ކުރެއްވީމެވެ. ކަލޭގެފާނު ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ. (ދެން އެކަލޭގެފާނު އަސާކޮޅު އެއްލަވައިފިއެވެ.) އެހައިރުން އެމީހުން އެބަހީ سِحر ވެރިން އެހެދި އެންމެހާދޮގުތައް ހަރުފަކަމުގައި ލޯތަކަށް ފެނުނު އެންމެހައި ތަކެތި އޭތި ކައިފިއެވެ. އެބަހީ موسى ގެފާނުންގެ އަސާކޮޅުން އުފެދުނު ހަރުފަ އެހުރިހާ سِحر ވެރިންގެ سِحر ކައި ދިރުވައި ނިންމައިފިއެވެ.

  118. 118

    فَوَقَعَ ٱلْحَقُّ وَبَطَلَ مَا كَانُوا۟ يَعْمَلُونَ

    Fawaq̣aʻal ḥaq̣q̣u wabaṭala maa- kaanoo yaʻmaloon.

    އަދި حقّ ފާޅުވެ ބަޔާންވެއްޖެއެވެ. އަދި އެ سِحر ވެރިން ހެދިހާތަކެތި باطل ވީއެވެ.

  119. 119

    فَغُلِبُوا۟ هُنَالِكَ وَٱنقَلَبُوا۟ صَـٰغِرِينَ

    Fag̣uliboo hunaalika wañq̣alaboo ṣaag̣ireen.

    އެހިނދު سِحر ވެރިން ދެރަވެ ފޭލިވެއްޖެއެވެ. އަދި ނިކަމެތިވެގެންވާ حال އެނބުރި ހިނގައްޖެއެވެ.

  120. 120

    وَأُلْقِىَ ٱلسَّحَرَةُ سَـٰجِدِينَ

    Wa-ʹulq̣iyas saḥaratu saajideen,

    އަދި އެންމެހައި سِحر ވެރިން سجدة އަށް ތިރިވެއްޖެއެވެ.

  121. 121

    قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَـٰلَمِينَ

    Q̣aalooo ʹaamannaa bi-Rabbil ʻAalameen.

    އަދި އެމީހުން ދަންނަވައިފިއެވެ. عالم ތަކުގެ ވެރި رَبّ އަށް އަހުރެމެން އީމާންވެއްޖައީމެވެ.

  122. 122

    رَبِّ مُوسَىٰ وَهَـٰرُونَ

    Rabbi Moosaa wa-Haaroon.

    އެއީ موسى އާއި هارون ގެވެރި رَبّ އެވެ.

  123. 123

    قَالَ فِرْعَوْنُ ءَامَنتُم بِهِۦ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّ هَـٰذَا لَمَكْرٌ مَّكَرْتُمُوهُ فِى ٱلْمَدِينَةِ لِتُخْرِجُوا۟ مِنْهَآ أَهْلَهَا ۖ فَسَوْفَ تَعْلَمُونَ

    Q̣aala Firʻawnu ʹaamañtum̃ bihee q̣abla ʹan ʹaaẓana lakum? ʹInna haaẓaa lamakrum makartumoohu fil Madeenati litukhrijoo minhaaa ʹahlahaa: fasawfa taʻlamoon.

    (سِحر ވެރިންނަށް) فرعون ވިދާޅުވިއެވެ. އަހުރެން ކަލޭމެނަށް އިޒުނަ ނުދެނިސް ކަލޭމެން އޭނާއަށް އީމާންވީހެއްޔެވެ؟ އޭނާ ތެދުކުރީހެއްޔެވެ. ތިޔައީ ހަމަކަލޭމެން މިރަށުގައި ހަދައިލި ބޮޑުމަކަރެކެވެ. އެއީ މިރަށުގެ أهل ވެރިން މިރަށުން ނެރެންވެގެންނެވެ. ނިކަންހުރެ ކަލޭމެނަށް (ތިޔަކަމުގެ ހިތިކަން) އެނގިދާނެއެވެ.

  124. 124

    لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍ ثُمَّ لَأُصَلِّبَنَّكُمْ أَجْمَعِينَ

    Laʹuq̣aṭṭiʻanna ʹaydiyakum wa-ʹarjulakum min khilaafiñ s̤umma laʹuṣallibannakum ʹajmaʻeen.

    ހަމަކަށަވަރުން ކަލޭމެންގެ އަތްތަކާއި ފައިތައް ކަންކުތިވާގޮތަށް (ކަނާތާ ވާތުފައިވާގޮތަށް) އަހުރެން ކަނޑާނަމެވެ. އަދި ހަމަކަށަވަރުން ކަލޭމެން އެންމެން صليب އަށްލާހުށީމެވެ.

  125. 125

    قَالُوٓا۟ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ

    Q̣aalooo ʹinnaaa ʹilaa Rabbinaa muñq̣aliboon:

    އެ سِحر ވެރިން ބުންޏެވެ. ހަމަކަށަވަރުން އަހުރެމެންނީ އަހުރެމެންގެ رَبّ ގެ حضرة އަށް އެނބުރިދާނޭ ބައެކެވެ.

  126. 126

    وَمَا تَنقِمُ مِنَّآ إِلَّآ أَنْ ءَامَنَّا بِـَٔايَـٰتِ رَبِّنَا لَمَّا جَآءَتْنَا ۚ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ

    Wa-maa tañq̣imu minnaaa ʹillaaa ʹan ʹaamannaa biʹAayaati Rabbinaa lammaa jaaaʹatnaa! Rabbanaaa ʹafrig̣ ʻalaynaa ṣabrañw watawaffanaa Muslimeen!

    އަހުރެމެންގެ رَبّ ގެ އާޔަތްތައް އަހުރެމެންނަށް އައުމުން އެއާޔަތްތަކަށް އީމާންވީކަންމެނުވީ ކަލޭ އަހުރެމެންގެ ކިބައިން ބަދަލުހިފާ އަދި އަހުރެމެންނަށް عقوبة ދޭނެކަމުގައި ނުވެއެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އިތުރުކުރައްވާނދޭވެ! އަދި ކިޔަމަންތެރިވެގެންވާ حال އަޅަމެން މަރުގަންނަވާނދޭވެ!

  127. 127

    وَقَالَ ٱلْمَلَأُ مِن قَوْمِ فِرْعَوْنَ أَتَذَرُ مُوسَىٰ وَقَوْمَهُۥ لِيُفْسِدُوا۟ فِى ٱلْأَرْضِ وَيَذَرَكَ وَءَالِهَتَكَ ۚ قَالَ سَنُقَتِّلُ أَبْنَآءَهُمْ وَنَسْتَحْىِۦ نِسَآءَهُمْ وَإِنَّا فَوْقَهُمْ قَـٰهِرُونَ

    Wa-q̣aalal malaʹu miñ q̣awmi Firʻawna ʹataẓaru Moosaa wa-q̣awmahoo liyufsidoo fil ʹarḍi wa-yaẓaraka wa-ʹaalihatak? Q̣aala sanuq̣attilu ʹabnaaaʹahum wa-nastaḥyee nisaaaʹahum; wa-ʹinnaa fawq̣ahum q̣aahiroon.

    އަދި فرعون ގެ ބޮޑެތިމީހުން (فرعون އަށް) ދެންނެވިއެވެ. موسى އާއި އަދި އޭނާގެމީހުން، މަނިކުފާނާ މަނިކުފާނުންގެ އިލާހުންތައް ދޫކޮށް މިބިމުގައި ފަސާދަކުރަން އެމީހުން ހަމަ ދޫކޮށްލައްވަނީތޯއެވެ؟ فرعون

  128. 128

    قَالَ مُوسَىٰ لِقَوْمِهِ ٱسْتَعِينُوا۟ بِٱللَّهِ وَٱصْبِرُوٓا۟ ۖ إِنَّ ٱلْأَرْضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنْ عِبَادِهِۦ ۖ وَٱلْعَـٰقِبَةُ لِلْمُتَّقِينَ

    Q̣aala Moosaa liq̣awmihis taʻeenoo billaahi waṣbiroo. ʹInnal ʹarḍa lillaahi yooris̤uhaa mañy yashaaaʹu min ʻibaadih; wal-ʻaaq̣ibatu lil-Muttaq̣een.

    موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިއެވެ. بني إسْرائيل އަށް ވިދާޅުވިއެވެ. ކަލޭމެން ﷲ ގެ حضرة ން ވާގިއެދޭށެވެ! އަދި ކެތްތެރިވާށެވެ! ހަމަކަށަވަރުން ބިމަކީ ﷲ އަށް خاصّ ވެ مِلْكُ ވެގެންވާ އެއްޗެކެވެ. އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެބިން އެކަލާނގެ ވާރުތަކޮށްދެއްވައެވެ. އަދި ފަހުކޮޅުގައި ރަނގަޅުގޮތް ލިބުންވަނީ تقوى ވެރިންނަށެވެ.

  129. 129

    قَالُوٓا۟ أُوذِينَا مِن قَبْلِ أَن تَأْتِيَنَا وَمِنۢ بَعْدِ مَا جِئْتَنَا ۚ قَالَ عَسَىٰ رَبُّكُمْ أَن يُهْلِكَ عَدُوَّكُمْ وَيَسْتَخْلِفَكُمْ فِى ٱلْأَرْضِ فَيَنظُرَ كَيْفَ تَعْمَلُونَ

    Q̣aalooo ʹooẓeenaa miñ q̣abli ʹañ taʹtiyanaa wa-mim baʻdi maa- jiʹtanaa. Q̣aala ʻasaa Rabbukum ʹañy yuhlika ʻaduwwakum wa-yastakhlifakum fil ʹarḍi fayañz̤̣ura kayfa taʻmaloon.

    އެމީހުން - އެބަހީ بني إسْرائيل - (موسى عليه السّلام) އަށް ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް އައުމުގެ ކުރިންވެސް އަހުރެމެންނަށް އުނދަގޫތައް ޖެހެވެނީއެވެ. (އެބަހީ: އަހުރެމެންގެ ދަރިންތައް އެމީހުން މަރަނީއެވެ.) އަދި ކަލޭގެފާނު އަހަރެމެންގާތަށް رسول ކަމާއިގެން ވަޑައިގެންނެވީމާވެސް އަހުރެމެނަށް އުނދަގޫތައް ޖެހެނީއެވެ. (ދަރިންތައް މަރަނީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ رَبّ ކަލޭމެންގެ عداوة ތެރިޔާ އެބަހީ فرعون ހަލާކުކުރެއްވުން އެދެވެއެވެ. أمّيد ކުރެވެއެވެ. އަދި އެކަލާނގެ (އެމީހުން އުޅުނުބިމުގައި) ކަލޭމެން خليفة ވެރިކުރެއްވުންވެސް އެދެވެއެވެ. ދެން އޭރުން ކަލޭމެން عمل ކުރާގޮތެއް އެކަލާނގެ ދެކެވޮޑިގަންނަވާނެއެވެ.

  130. 130

    وَلَقَدْ أَخَذْنَآ ءَالَ فِرْعَوْنَ بِٱلسِّنِينَ وَنَقْصٍ مِّنَ ٱلثَّمَرَٰتِ لَعَلَّهُمْ يَذَّكَّرُونَ

    Wa-laq̣ad ʹakhaẓnaaa ʹaala Firʻawna bis-sineena wa-naq̣ṣim minas̤ s̤amaraati laʻallahum yaẓẓakkaroon.

    އަދި ހަމަކަށަވަރުން ތަދުމަޑުކަމުންނާއި ގަސްގަހާގެހީގެ މަތިވަރު މަދުކުރެއްވުމުންނާއި (މިފަދަ މިފަދަ ކަންކަމުން) ތިމަންރަސްކަލާނގެ فرعون އާއި އޭނާގެ تَبَعَ ވެރިން ހިއްޕެވީމެވެ. (ޓެސްޓް ކުރެއްވީމެވެ.) އެއީ އެމީހުން نصيحة އާއި وعظ ލިބިގަނޭތޯއެވެ.

  131. 131

    فَإِذَا جَآءَتْهُمُ ٱلْحَسَنَةُ قَالُوا۟ لَنَا هَـٰذِهِۦ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَطَّيَّرُوا۟ بِمُوسَىٰ وَمَن مَّعَهُۥٓ ۗ أَلَآ إِنَّمَا طَـٰٓئِرُهُمْ عِندَ ٱللَّهِ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

    Faʹiẓaa jaaaʹathumul ḥasanatu q̣aaloo lanaa ḥaazih: wa-ʹiñ tuṣibhum sayyiʹatuñy yaṭṭayyaroo bi-Moosaa wa-mam maʻah. ʹAlaaa ʹinnamaa ṭaaaʹiruhum ʻiñdal laahi wa-laakinna ʹaks̤arahum laa- yaʻlamoon!

    ފަހެ އެމީހުންނަށް ރަނގަޅު ހެޔޮކަމެއް އަތުވެއްޖެއްޔާ (އެބަހީ فرعون ގެ މީހުންނަށް ތިޔާގެކަމެއް - ނުވަތަ ފަސޭހަކަމެއް - ނުވަތަ صحّة ގެ ރަނގަޅުކަން ދިމާވެއްޖެއްޔާ) އެމީހުންބުނާނެއެވެ. މިތަކެއްޗަށް އައުލާވެގެންވަނީ އަހުރެމެންނެވެ. އަދި އެމީހުންނަށް ނުބައިގޮތެއް ދިމާވެއްޖެއްޔާ (ތަޑުމަޑުކަމެއް / ބަލިކަމެއް / އުނދަގުލެއްފަދަކަމެއް ދިމާވެއްޖެއްޔާ އެމީހުން ބުނާނެއެވެ.) އެކަންކަމަކީ موسى ގެފާނާއި އަދި އެކަލޭގެފާނަށް تَبَعَ ވެގެންވާ މީހުންގެ ސުންޕާކަމުން ވާކަމެކެވެ. ދަންނާށެވެ! އެމީހުންނަށް އެޖެހުނު ސުންޕާކަމަކީ ﷲ ގެ حضرة ން އަންނަ ކަންކަމެވެ. (އެމީހުންގެ عمل ތައް ހުންނަގޮތުން އެމީހުންނަށް ޖެހޭކަންކަމެވެ. އަދި އެކަލާނގެ حكمة ފުޅު ނިޔާކުރާގޮތުން އަންނަ ކަންކަމެވެ. موسى ގެފާނުންގެ ފަރާތްޕުޅަކުންނޫނެވެ.) އަދި އެހެންނަމަވެސް އެމީހުންކުރެ ގިނަމީހުންނަށް އެކަން ނޭނގެއެވެ.

  132. 132

    وَقَالُوا۟ مَهْمَا تَأْتِنَا بِهِۦ مِنْ ءَايَةٍ لِّتَسْحَرَنَا بِهَا فَمَا نَحْنُ لَكَ بِمُؤْمِنِينَ

    Wa-q̣aaloo mahmaa taʹtinaa bihee min ʹAayatil litasḥaranaa bihaa famaa naḥnu laka bi-Muʹmineen.

    އެމީހުން ބުންޏެވެ. (އެބަހީ فرعون ގެ تبع ވެރިން ބުންޏެވެ. އޭ موسى އެވެ!) ކަލޭގެފާނު އެކަމަކުން ނުވަތަ އެއްޗަކުން، އަހުރެމެންނަށް سحر ޖެއްސުމަށް ކަލޭގެފާނު އަހުރެމެންގެގާތަށް ކޮންމެފަދަ معجزة އެއް ގެނައިނަމަވެސް އަހުރެމެންނަކީ ކަލޭގެފާނަށް އީމާންވާނޭ ބަޔަކުކަމުގައި ނުވެއެވެ.

  133. 133

    فَأَرْسَلْنَا عَلَيْهِمُ ٱلطُّوفَانَ وَٱلْجَرَادَ وَٱلْقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَـٰتٍ مُّفَصَّلَـٰتٍ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا مُّجْرِمِينَ

    Faʹarsalnaa ʻalayhimuṭ Ṭoofaana wal-Jaraada wal-Q̣ummala waḍ-Ḍafaadiʻa wad-Dama ʹaayaatim mufaṣṣalaat. Fastakbaroo wa-kaanoo q̣awmam mujrimeen.

    ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (عبرة حاصل ކުރުމަށް) طوفان އާއި ގޮއްފުޅަންގާ އުކުނާއި - އަދި ބޮކާއި އަދި ލެއި ފޮނުވީމެވެ. އެއީ بيان ވެ ފައުޅުވެގެންވާ دليل ތަކެކެވެ. معجزة ތަކެކެވެ. ފަހެ އެމީހުން އެހުރިހާކަމެއް ފެނުނީމާވެސް ބޮޑާވީއެވެ. އަދި އެމީހުންވީ ނުބައިނުލަފާ ބަޔަކުކަމުގައެވެ. ބޮޑެތި ފާފަކުރާ ބަޔަކުކަމުގައެވެ. • ދަންނައެވެ. فرعون އާއި އޭނާގެ قوم ކަމުގައިވާ قبطى އިންނަށް ﷲ تعالى އެތައްބާވަތެއްގެ މުސީބަތަކާއި ބަލާއެއް ޖެއްސެވިއެވެ. އެއީ އެމީހުން ކިޔަމަންވެ موسى عليه السّلام ގެ رسول ކަން ތެދުކޮށް قبول ކުރޭތޯއެވެ. އޭގެ އެއްކަމަކީ (1) طوفان އެކެވެ. އެއީ ވާރޭފެނުގެ طوفان އެކެވެ. އޭގެ ސަބަބުން އެމީހުންގެ ދަނޑުތައް ހަލާކުވެ ބޮޑު مصيبة އަކަށްވެގެންދިއުމުން موسى ގެފާނަށް އެމީހުން ދެންނެވީ، އޭ موسى އެވެ. އަހުރެމެންގެ ކިބައިން މިކަން ފިއްލަވައިތޯ ކަލޭގެފާނުންގެ رَبّ އަށް ދަންނަވައި ދެއްވާށެވެ. އަހުރެމެންގެ ކިބައިން މިކަން ފިލައްޖެއްޔާ އަހުރެމެން ކަލޭގެފާނަށް އީމާންވާނަމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހުގައި بَنِي إسرائيل ފޮނުއްވައިދޭނަމެވެ. ދެންފަހެ އެކަލޭގެފާނު ﷲ އަށް دعاء ކުރައްވައި އެކަން ފިއްލަވައިފިއެވެ. ހަމަ އެކަން ފިއްލަވައި ލުއިކޮށްދެއްވުމުން އެމީހުންކުރި وعد އުވައިލީއެވެ. އީމާންވެސްވީއެއްނޫނެވެ. އަދި موسى ގެފާނު އަރިގައި بَنِي إسرائيل ފޮނުއްވީއެއްވެސް ނޫނެވެ. އަދި ނުކިޔަމަންތެރިކަން އިތުރުވީއެވެ. (2) ދެން އެމީހުންގެމައްޗަށް ފޮނުއްވީ ގޮއްފުޅަނގީގެ لشكر އެކެވެ. އެސޮރުމެން އައިސް އެމީހުންގެ ދަނޑުތައް ކައި ފޭރާންތައްވެސް ކައިހަދަން ފަށައިފިއެވެ. މި مصيبة ކުރީގެ مصيبة އަށްވުރެ މާބޮޑުވެއްޖެއެވެ. މިފަހަރުވެސް موسى ގެފާނަށް ދަންނަވައިގެން ކުރީގެ شرط ތަކުގެ މައްޗަށް އެކަން ފިއްލަވައިފިއެވެ. ދެންވެސް عهد އުވައިލީއެވެ. ދެން ފޮނުއްވީ (3) އުކުނުގެ لشكر އެކެވެ. އޭގެސަބަބުން ނިދެނީއެއްނޫނެވެ. ރޭގަޑު ނުނިދައިތިބެގެން އުކުނު ނެގުމެވެ. ކެވެނީއެއްނޫނެވެ. ކާތަށީގައިވެސް އެބައިވަރުތަކެވެ. މި مصيبة ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައިގެން އީމާންވުމުގެ شرط ގެމައްޗަށާއި އަދި بَنِي إسرائيل ފޮނުވައިދިނުމުގެ شرط ގެމައްޗަށް އެކަން ފިއްލަވައިފިއެވެ. އަލުންވެސް އެމީހުން އެމީހުންގެ ހުވައި އުވާލައި ނުކިޔަމަންތެރިވެގެންފިއެވެ. ދެން އެމީހުންގެމައްޗަށް ފޮނުއްވީ (4) ބޮކުގެ مصيبة އެކެވެ. އެތަކެތީގެ އުނދަގޫއަރައިގެން ދިޔަވަރަކީ މީހާ އިށީނދެ އިންނައިރު ތުނބުޅީގައިވެސް ބޮއްތަކެވެ. ބަހެއް ބުނަން އަނގަހުޅުވައިލާއިރު އަނގައިތެރެއަށް އެވަންނަނީ ބޮކެވެ. ކާއިރުތަށީގައި ބޮކެވެ. ތަންމަތީގައި ބޮކެވެ. މިކަމުގެ އުނދަގޫ ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައި އެކަލޭގެފާނު ﷲ އަށް دعاء ކުރެއްވުމުން އެކަން ފިލައިގެންދިޔައީއެވެ. އެއީވެސް ކުރީން ހުށަހަޅާ ދެ شرط ގެ މައްޗަށެވެ. މިފަހަރުވެސް ހުވައި އުވާލާ ނުކިޔަމަންތެރިވެގަތީއެވެ. ދެން އެކަލާނގެ އެމީހުންނަށް ފޮނުއްވީ (5) ލޭގެ ބަލާވެރިކަމެކެވެ. އެމީހުން ބޯފެނަކަށްވެސް ހުންނަނީ ލެއެވެ. ވަޅުތަކާއި ކޯރުތަކުގައި ލެއެވެ. ބައެއް ރިވާޔަތުގައިވާގޮތުން ނީލަކޯރުވެސް ލެޔަށް ވިއެވެ. ކޮންމެއަކަސް މިކަން ބޮޑުވެގެންވެސް موسى ގެފާނަށް ދަންނަވައިގެން އެކަލޭގެފާނު دعاء ކުރެއްވުމުން އެކަން ފިއްލަވައިފިއެވެ. ކޮންމެފަހަރަކުވެސް އީމާންވުމާއި بَنِي إسرائيل موسى عليه السّلام އާއިއެކު ފޮނުއްވުމުގެ شرط ގެ މަތީންނެވެ. ނަމަވެސް އެކަމެއް ހަމަފިއްލެވުމުން އެމީހުން ހުވައި އުވައިލަނީއެވެ. ދޮގުހަދަނީއެވެ.\nފަހެ އިސްވެދިޔަ ކަންތައްތަކަށް އިޝާރަތްކުރައްވާފައި އެވަނީ އެއީ ބަޔާންވެ ފައުޅުވެގެންވާ معجزة ތަކެއްކަމަށެވެ. ދެންފަހެ އެމީހުން ބޮޑާވެ ކިބުރުވެރިވީއެވެ. އެމީހުންވީ ނުބައި ނުލަފާ ބަޔަކުކަމުގައެވެ. مجرمُ ންކަމުގައެވެ.

  134. 134

    وَلَمَّا وَقَعَ عَلَيْهِمُ ٱلرِّجْزُ قَالُوا۟ يَـٰمُوسَى ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ ۖ لَئِن كَشَفْتَ عَنَّا ٱلرِّجْزَ لَنُؤْمِنَنَّ لَكَ وَلَنُرْسِلَنَّ مَعَكَ بَنِىٓ إِسْرَٰٓءِيلَ

    Wa-lammaa waq̣aʻa ʻalayhimur rijzu q̣aaloo yaa-Moosad ʻu lanaa Rabbaka bimaa ʻahida ʻiñdaka laʹiñ kashafta ʻannar rijza lanuʹminanna laka wa-lanursilanna maʻaka Baneee ʹIsraaaʹeel.

    އެމީހުންނަށް عذاب ހަމައަންނައިރަށް - އެބަހީ ކުރިން بيان ކުރައްވާފައިވާ ކަންތައްތަކުން ކަމެއް ހަމަ ދިމާވާއިރަށް އެމީހުން موسى عليه السّلام އަށް ދަންނަވައެވެ. އެމީހުން ދަންނަވައެވެ. އޭ موسى އެވެ. ކަލޭގެފާނަށްވާ عَهْد އާއިއެކު ކަލޭގެފާނުންގެ رَبّ އަށް دعاء ކޮށްދެއްވާށެވެ. އަހުރެމެންގެ ކިބައިން މިކަން ފިއްލަވައި ދެއްވައިފިއްޔާ ހަމަކަށަވަރުން އަހުރެމެން ކަލޭގެފާނަށް އީމާންވާހުށީމެވެ. އަދި بَنِي إسرائيل ކަލޭގެފާނުންގެ އަރިހުގައި ފޮނުއްވައިދެއްވާނަމެވެ.

  135. 135

    فَلَمَّا كَشَفْنَا عَنْهُمُ ٱلرِّجْزَ إِلَىٰٓ أَجَلٍ هُم بَـٰلِغُوهُ إِذَا هُمْ يَنكُثُونَ

    Falammaa kashafnaa ʻanhumur rijza ʹilaaa ʹajalin hum̃ baalig̣oohu ʹiẓaa hum yañkus̤oon!

    ދެންފަހެ އެމީހުންނަށް ކަނޑައެޅިފައިވާ مدّة އަކަށް ތިމަންރަސްކަލާނގެ އެމީހުންގެކިބައިން عذاب ނަންގަވާ كشف ކުރެއްވުމުން، އެހައިރުން އެމީހުން އެމީހުންގެ وعد އުވާލަނީއެވެ. (އެކަންތައްތައް އެމީހުންގެ އާދަޔަކަށް ހަދާލަނީއެވެ.)

  136. 136

    فَٱنتَقَمْنَا مِنْهُمْ فَأَغْرَقْنَـٰهُمْ فِى ٱلْيَمِّ بِأَنَّهُمْ كَذَّبُوا۟ بِـَٔايَـٰتِنَا وَكَانُوا۟ عَنْهَا غَـٰفِلِينَ

    Fañtaq̣amnaa minhum faʹag̣raq̣naahum fil yammi biʹannahum kaẓẓaboo biʹAayaatinaa wa-kaanoo ʻanhaa g̣aafileen.

    ދެން އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރުމުގެ ސަބަބުން އެމީހުންގެ ކިބައިން ބަދަލު ހިއްޕަވައި ކަނޑުގައި އެމީހުން غرق ކުރެއްވީމެވެ. އެމީހުންވީ އެއާޔަތްތަކަށް غافل ވެގެންވީ ބަޔަކުކަމުގައެވެ.

  137. 137

    وَأَوْرَثْنَا ٱلْقَوْمَ ٱلَّذِينَ كَانُوا۟ يُسْتَضْعَفُونَ مَشَـٰرِقَ ٱلْأَرْضِ وَمَغَـٰرِبَهَا ٱلَّتِى بَـٰرَكْنَا فِيهَا ۖ وَتَمَّتْ كَلِمَتُ رَبِّكَ ٱلْحُسْنَىٰ عَلَىٰ بَنِىٓ إِسْرَٰٓءِيلَ بِمَا صَبَرُوا۟ ۖ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُۥ وَمَا كَانُوا۟ يَعْرِشُونَ

    Wa-ʹawras̤nal q̣awmal laẓeena kaanoo yustaḍʻafoona mashaariq̣al ʹarḍi wa-mag̣aari-bahal latee baaraknaa feehaa. Watammat Kalimatu Rabbikal ḥusnaa ʻalaa Baneee ʹIsraaaʹeela bimaa ṣabaroo; wadammarnaa maa- kaana yaṣnaʻu Firʻawnu wa-q̣awmuhoo wa-maa kaanoo yaʻrishoon.

    އަދި ދެރަވެ ނިކަމެތިކުރެވިގެންވާ މީސްތަކުންނަށް (އެބަހީ: فرعون ގެ އަޅުވެތިކަމުގެ ދަށުގައި ނިކަމެތިކުރެވިފައިތިބި بني إسرائيل މީހުނަށް) ތިމަންރަސްކަލާނގެ ބިމުގެ مشرق ތަކާއި مغربُ ތައް ވާރުތަކޮށް ދެއްވީމެވެ. (ބުނެވެނީ އެއީ بَيْتُ المَقْدِس އާއި فَلَسْطِيْنُ ގެ ބިންކަމުގައެވެ. والله أعلم) އެތަނަކީ ތިމަންރަސްކަލާނގެ އެތާނގައި بركاة ލައްވާފައިވާ ތަނެވެ. އަދި بني إسرائيل ގެމައްޗަށް ކަލޭގެފާނުން ربّ ގެ ބަސްފުޅު - (ރަނގަޅު ބަސްފުޅު) ފުރިހަމަވެގެން ހިނގައްޖެއެވެ. (އެކަލާނގެ އެބަސްފުޅަކީ وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةًۭ وَنَجْعَلَهُمُ ٱلْوَٰرِثِينَ ٥ وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ ٦ މިއެވެ.) (سورة القصص: 5-6 އެތަނުންވެސް ބައްލަވައި ލައްވާށެވެ.) އެމީހުންނަށް އެފަދަ نعمة އެއް އެދެއްވީ އެމީހުން ކެތްތެރިވުމުގެ ސަބަބުންނެވެ. އަދި فرعون އާއި އޭނާގެ قوم ގެ މީހުން ކުރަމުން އައި ކަންތައްތަކާއި އަދި އެމީހުން ހަދާކަމުގައިވާ އެންމެހާ ގަނޑުވަރުތަކާއި ރަނގަޅުގެތައް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.

  138. 138

    وَجَـٰوَزْنَا بِبَنِىٓ إِسْرَٰٓءِيلَ ٱلْبَحْرَ فَأَتَوْا۟ عَلَىٰ قَوْمٍ يَعْكُفُونَ عَلَىٰٓ أَصْنَامٍ لَّهُمْ ۚ قَالُوا۟ يَـٰمُوسَى ٱجْعَل لَّنَآ إِلَـٰهًا كَمَا لَهُمْ ءَالِهَةٌ ۚ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ

    Wa-jaawaznaa bi-Baneee ʹIsraaaʹeelal baḥra faʹataw ʻalaa q̣awmiñy yaʻkufoona ʻalaaa ʹaṣnaamil lahum. Q̣aaloo yaa-Moosaj ʻal lanaaa ʹilaahañ kamaa lahum ʹaalihah. Q̣aala ʹinnakum q̣awmuñ tajhaloon.

    އަދި بني إسرائيل އަށް ތިމަންރަސްކަލާނގެ ކަނޑު ކަޑައްތުކޮށްދެއްވީމެވެ. ދެންފަހެ އެމީހުން ބުދުތަކަކަށް އަޅުކަންކުރާ ބަޔަކު ކައިރިއަށް (އެދަތުރުމަތީގައި) ދާންދިމާވިއެވެ. އަދި އެމީހުން يعني: بني إسرائيل ގެ މީހުން موسى عليه السّلام އަށް ދެންނެވިއެވެ. އެމީހުންނަށް إله ންތައްވާފަދައިން (އަޅުކަންކުރާ ބުދުތައްވާފަދައިން) އަޅުގަނޑުމެންނަށްވެސް إله އެއް (ބުދެއް) ލައްވައިދެއްވާށެވެ! موسى عليه السّلام ވިދާޅުވިއެވެ. ކަލޭމެންނަކީ ހަމަ جاهل ބައެކެވެ. ތަންދޮރު ނޭނގޭ ބައެކެވެ.

  139. 139

    إِنَّ هَـٰٓؤُلَآءِ مُتَبَّرٌ مَّا هُمْ فِيهِ وَبَـٰطِلٌ مَّا كَانُوا۟ يَعْمَلُونَ

    ʹInna haaaʹulaaaʹi mutabbarum maa hum feehi wa-baaṭilum maa kaanoo yaʻmaloon.

    ހަމަކަށަވަރުން މިމީހުންތަކަކީ (އެބަހީ: އެބުދަށް އަޅުކަންކުރާ މީހުންނަކީ) އެމީހުން އެކުރާ ކަންތައް ﷲ تعالى ހަލާކުކުރައްވާ فاسد ކުރައްވާނެ ބައެކެވެ. އަދި އެމީހުންކުރާކަމުގައިވީ ކަންތައް باطل ވެގެންވާ ބައެކެވެ.

  140. 140

    قَالَ أَغَيْرَ ٱللَّهِ أَبْغِيكُمْ إِلَـٰهًا وَهُوَ فَضَّلَكُمْ عَلَى ٱلْعَـٰلَمِينَ

    Q̣aala ʹa-g̣ayral laahi ʹabg̣eekum ʹilaahañw Wa-Huwa faḍḍalakum ʻalal ʻaalameen?

    އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ: موسى عليه السّلام ވިދާޅުވިއެވެ. ﷲ ނޫން އެހެން إله އެއް ކަލޭމެނަށްޓަކައި އަހުރެން އެދެންވީހެއްޔެވެ. އަދި އެކަލާނގެ އެއީ (މިހާރުތިބި) އެންމެންގެމައްޗަށް ކަލޭމެން މާތްކުރެއްވި ކަލާނގެއެވެ.

  141. 141

    وَإِذْ أَنجَيْنَـٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ ۖ يُقَتِّلُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌ مِّن رَّبِّكُمْ عَظِيمٌ

    Wa-ʹiẓ ʹañjaynaakum min ʹAali Firʻawna yasoomoonakum soooʹal ʻaẓaabi, yuq̣attiloona ʹabnaaaʹakum wa-yastaḥyoona nisaaaʹakum: wa-fee ẓaalikum balaaaʹum mir Rabbikum ʻaz̤̣eem.

    ދެން فرعون ގެ آل ންގެކިބައިން ތިމަންރަސްކަލާނގެ ކަލޭމެން ސަލާމަތްކުރެއްވިހިނދު (ނިކަން ހަނދާންކުރާށެވެ!) އެމީހުން ކަލޭމެނަށް ނުބައިވެގެންވާ عذاب ދައްކައެވެ. (އަޅުވެތިކޮށް ކަލޭމެން ނިކަމެތިކުރިއެވެ.) އެމީހުން ކަލޭމެންގެ ފިރިހެންދަރިން މަރާހެދިއެވެ. އަދި ކަލޭމެންގެ އަންހެންދަރިން ނުމަރާ ދޫކުރިއެވެ. ހަމަކަށަވަރުން އެކަންކަމުގައި ކަލޭމެންގެ رَبّ ގެ حضرة ން ކަލޭމެނަށް ބޮޑުވެގެންވާ إمتحان ވެއެވެ.

  142. 142

    ۞ وَوَٰعَدْنَا مُوسَىٰ ثَلَـٰثِينَ لَيْلَةً وَأَتْمَمْنَـٰهَا بِعَشْرٍ فَتَمَّ مِيقَـٰتُ رَبِّهِۦٓ أَرْبَعِينَ لَيْلَةً ۚ وَقَالَ مُوسَىٰ لِأَخِيهِ هَـٰرُونَ ٱخْلُفْنِى فِى قَوْمِى وَأَصْلِحْ وَلَا تَتَّبِعْ سَبِيلَ ٱلْمُفْسِدِينَ

    Wa-waaʻadnaa Moosaa s̤alaas̤eena laylatañw waʹatmamnaahaa biʻashriñ fatamma meeq̣aatu Rabbiheee ʹarbaʻeena laylah. Wa-q̣aala Moosaa liʹakheehi Haaroonakh lufnee fee q̣awmee wa-ʹaṣliḥ wa-laa tattabiʻ sabeelal mufsideen.

    އަދި ތިމަންރަސްކަލާނގެ (އާއި منَاجا ދެންނެވުމަށް) موسى (عليه السّلام) އާއި ތިމަންރަސްކަލާނގެ ތިރީސްރޭގެ وعد ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ مِيْعَاد އިތުރު ދިހަރޭ ލައްވައި ފުރިހަމަ ކުރެއްވީމެވެ. ފަހެ އެކަލޭގެފާނުންގެ رَبّ ގެ އެ مِيْقَات ސާޅީސްރެޔަށް ފުރިހަމަވެގެން ދިޔައެވެ. އަދި موسى عليه السّلام އެކަލޭގެފާނު أخُ هارن عليه السّلام އަށް ވިދާޅުވިއެވެ. ފަހެ އަހުރެންގެ قوم ގައި އަހުރެން ދިއުމަށްފަހު خليفة އެއްގޮތުގައި ހުންނަވާށެވެ! އަދި ކަންތައް إصلاح ކުރައްވައި އަދި فاسد ކުރާ މީހުންގެ މަގާއި تبع ވެ ވަޑައިނުގަންނަވާށެވެ!

  143. 143

    وَلَمَّا جَآءَ مُوسَىٰ لِمِيقَـٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِىٓ أَنظُرْ إِلَيْكَ ۚ قَالَ لَن تَرَىٰنِى وَلَـٰكِنِ ٱنظُرْ إِلَى ٱلْجَبَلِ فَإِنِ ٱسْتَقَرَّ مَكَانَهُۥ فَسَوْفَ تَرَىٰنِى ۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلْجَبَلِ جَعَلَهُۥ دَكًّا وَخَرَّ مُوسَىٰ صَعِقًا ۚ فَلَمَّآ أَفَاقَ قَالَ سُبْحَـٰنَكَ تُبْتُ إِلَيْكَ وَأَنَا۠ أَوَّلُ ٱلْمُؤْمِنِينَ

    Wa-lammaa jaaaʹa Moosaa limeeq̣aatinaa wa-kallamahoo Rabbuhoo q̣aala Rabbi ʹarineee ʹañz̤̣ur ʹilayk. Q̣aala lañ taraanee wa-laakiniñ z̤̣ur ʹilal jabali faʹinis taq̣arra makaanahoo fasawfa taraanee. Falammaa tajallaa Rabbuhoo lil-Jabali jaʻalahoo dakkañw wakharra Moosaa ṣaʻiq̣aa. Falammaaa ʹafaaq̣a q̣aala Subḥaanaka tubtu ʹilayka wa-ʹana ʹawwalul Muʹmineen.

    އަދި موسى عليه السّلام ތިމަންރަސްކަލާނގެ مِيْقَات އަށް ވަޑައިގެންނެވިހިނދުން (އެބަހީ وعد ކުރެވިފައިވާތަނާއި ވަގުތަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނުންގެ رَبّ އެކަލޭގެފާނަށް ބަސްފުޅު وحي ކުރެއްވިއެވެ. އެކަލޭގެފާނު އެކަލޭގެފާނުންގެ رَبّ އަށް ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! މިއަޅާއަށް އިބަރަސްކަލާނގެއަށް ބެލޭނެގޮތް ހައްދަވައި ދެއްވާދޭނވެ! އެ نعمة ދެއްވާނދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭގެފާނަށް ތިމަންރަސްކަލާނގެ ނުފެންނާނެއެވެ. (ތިމަންރަސްކަލާނގެއަށް ބެލުމުގެ ކުޅަދާނަކަމެއްނުވެއެވެ.) އަދި އެހެންނަމަވެސް ފަރުބަދައަށް ބައްލަވާށެވެ! އެފަރުބަދައަށް އޭގެތަނުގައި قرار ވެ އޮވެވިއްޖެއްޔާ ފަހެ އޭރުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ފެނިދާނެއެވެ. ދެންފަހެ ފަރުބަދައަށް އެކަލާނގެ تَجَلِّى ވެވޮޑިގަތުމުން - (އެކަލާނގެ نور ފުޅު އަލިކޮށްލެއްވިހިނދުން) ފަރުބަދަ ކުދިކުދިވެއްޖެއެވެ. އަދި موسى عليه السّلام ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ދެންފަހެ އެކަލޭގެފާނު ހޭފުޅުއެރިހިނދުން ވިދާޅުވިއެވެ. (އޭ އަޅުގެ رَبّ އެވެ!) އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! މިއަޅާ އިބަރަސްކަލާނގެއަށް توبة ވެއްޖައީމެވެ. މިއަޅާއީ (މި أمّة ގެ) އެންމެފުރަތަމަ އީމާންވީ އަޅާއެވެ.

  144. 144

    قَالَ يَـٰمُوسَىٰٓ إِنِّى ٱصْطَفَيْتُكَ عَلَى ٱلنَّاسِ بِرِسَـٰلَـٰتِى وَبِكَلَـٰمِى فَخُذْ مَآ ءَاتَيْتُكَ وَكُن مِّنَ ٱلشَّـٰكِرِينَ

    Q̣aala yaa-Moosaaa ʹinniṣ ṭafaytuka ʻalan naasi bi-Risaalaatee wa-bi-Kalaamee fakhuẓ maaa ʹaataytuka wa-kum minash shaakireen.

    އެކަލާނގެ وحي ކުރެއްވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ رسول ކަން ދެއްވުމުންނާއި އަދި ތިމަންރަސްކަލާނގެއާއި ވާހަކަފުޅުދެއްކެވުމުގެގޮތުން ތިމަންރަސްކަލާނގެ ކަލޭގެފާނު މީސްތަކުންގެމައްޗަށް خاصّ ކުރައްވާ إختيار ކުރައްވައިފީމެވެ. ފަހެ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވިތަކެތީގައި ގަދަޔަށް ހިއްޕަވާށެވެ! އޭގައިވާގޮތަށް ރަނގަޅަށް ޢަމަލުކުރައްވާށެވެ! އަދި شكر ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!

  145. 145

    وَكَتَبْنَا لَهُۥ فِى ٱلْأَلْوَاحِ مِن كُلِّ شَىْءٍ مَّوْعِظَةً وَتَفْصِيلًا لِّكُلِّ شَىْءٍ فَخُذْهَا بِقُوَّةٍ وَأْمُرْ قَوْمَكَ يَأْخُذُوا۟ بِأَحْسَنِهَا ۚ سَأُو۟رِيكُمْ دَارَ ٱلْفَـٰسِقِينَ

    Wa-katabnaa lahoo fil ʹAlwaaḥi miñ kulli shayʹim mawʻiz̤̣a watafṣeelal likulli shayʹ: fakhuzhaa biq̣uwwatiñw waʹmur q̣awmaka yaʹkhuẓoo biʹaḥsanihaa: saʹureekum, daaral faasiq̣een.

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފިލާތަކުގައި (دين ގެގޮތުންނާއި އަދި ދުންޏަވީގޮތުން بَنُو إسرائيل ގެ މީހުންނަށް ބޭނުންވާ) ކޮންމެކަމެއްގެ އަދި ކޮންމެ އެއްޗެއްގެ مَوْعِظَة ލިއުއްވާދެއްވީމެވެ. އެބަހީ އެކަމުގެ وعظ އާއި نصيحة އާއި ހަނދާންކޮށްދިނުން - ލިޔެދެއްވީމެވެ. އަދި ﷲ ގެ أمرފުޅާއި ނަހީގެ تفصيل بيان ކޮށްދެއްވާ ލިއުއްވީމެވެ. ފަހެ (އޭ موسى عليه السّلام އެވެ!) ކަލޭގެފާނު އެފިލާތަކުގައި ހިއްޕަވާށެވެ! އަދި އޭގައިވާ ރަނގަޅު މޮޅުގޮތްތަކުގައި ހިފާ عمل ކުރުމަށް ކަލޭގެފާނުންގެ قوم ގެމީހުންނަށް އަމުރުކުރައްވާށެވެ! فاسق ނުބައި ނުލަފާމީހުންގެ ގޮވަތި ތިމަންރަސްކަލާނގެ ނިކަންހުރެ ކަލޭމެނަށް ދައްކާހުށީމެވެ. (آخرة ގައި އެމީހުންގެ ޖާގަ ދައްކާހުށީމެވެ. އެއީ ނަރަކައެވެ.)

  146. 146

    سَأَصْرِفُ عَنْ ءَايَـٰتِىَ ٱلَّذِينَ يَتَكَبَّرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَإِن يَرَوْا۟ كُلَّ ءَايَةٍ لَّا يُؤْمِنُوا۟ بِهَا وَإِن يَرَوْا۟ سَبِيلَ ٱلرُّشْدِ لَا يَتَّخِذُوهُ سَبِيلًا وَإِن يَرَوْا۟ سَبِيلَ ٱلْغَىِّ يَتَّخِذُوهُ سَبِيلًا ۚ ذَٰلِكَ بِأَنَّهُمْ كَذَّبُوا۟ بِـَٔايَـٰتِنَا وَكَانُوا۟ عَنْهَا غَـٰفِلِينَ

    Saʹaṣrifu ʻan ʹAayaatiyal laẓeena yatakabbaroona fil ʹarḍi big̣ayril ḥaq̣q̣: wa-ʹiñy yaraw kulla ʹAayatil laa yuʹminoo bihaa; wa-ʹiñy yaraw sabeelar rushdi laa- yattakhiẓoohu Sabeelaa: wa-ʹiñy yaraw sabeelal g̣ayyi yattakhiẓoohu Sabeelaa. Ẓaalika biʹannahum kaẓẓaboo biʹAayaatinaa wa-kaanoo ʻanhaa g̣aafileen.

    އަދި އެއްވެސް حقّ އެއްނެތި ބިމުގައި ބޮޑާވެ كِبْرُ ވެރިވެގަންނަމީހުން ތިމަންރަސްކަލާނގެ އާޔަތްތަކާއި ދުރަށް ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުން އަނބުރައިލާހުށީމެވެ. (އެއީ ހުރިހާ ވައްތަރެއްގެ އާޔަތެކެވެ. مَوْجُود ވެގެންވާ އެންމެހައި ތަކެއްޗަކީވެސް އެކަލާނގެ އާޔަތްތަކެވެ. އެތަކެއްޗަށް ވިސްނާ فكر ކުރުމުގެ ދޮރު އެމީހުންނަށް ބަންދުކުރާހުށީމެވެ. قرآن ވެސް މިއީއެކަލާނގެ دليل އެވެ. އެޔާމެދު ވިސްނާފިކުރުކުރުމުގެ ދޮރުވެސް އެމީހުންނަށް ބަނދުކޮށްލާހުށީމެވެ.) އަދި އެމީހުނަށް ކޮންމެ دليل އެއް އަދި ކޮންމެ حجّة އެއް ފެނުނަސް އެމީހުން އީމާން ނުވާނެއެވެ. އަދި އެމީހުންނަށް هداية ގެ ސީދާ ތެދުމަގު ފެނުނަސް އެމީހުން އެއީ މަގެއްކަމުގައި ނުހިފާނެއެވެ. تبع ނުވާނެއެވެ. އަދި މަގުފުރެދުމާ ހަލާކުގެ މަގު އެމީހުންނަށް ފެނިއްޖެއްޔާ އެމީހުން މަގެއްގެގޮތުން އެމަގު ހިފާނެއެވެ. އެހެން އެކަން އެވީ އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން އެވަނީ އެއާޔަތްތަކަށް غافل ވެގެންނެވެ. (ނުވިސްނިފައެވެ.)

  147. 147

    وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَلِقَآءِ ٱلْـَٔاخِرَةِ حَبِطَتْ أَعْمَـٰلُهُمْ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ

    Wallaẓeena kaẓẓaboo biʹAayaatinaa wa-Liq̣aaaʹil ʹAakhirati ḥabiṭat ʹaʻmaaluhum. Hal yujzawna ʹillaa maa- kaanoo yaʻmaloon?

    އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި آخرة އާއި ބައްދަލުވުން ދޮގުކޮށް (އެބަހީ قيامة ދޮގުކޮށް) ހެދިމީސްތަކުން (ދަންނައެވެ!) އެމީހުންގެ ހެޔޮ عمل ތައް باطل ވެގެން ދިޔައީއެވެ. އެމީހުންކުރާ ކަމުގައިވީކަންތައްތަކަށް މެނުވީ އެމީހުންނަށް جزاء ލިބޭނޭހެއްޔެވެ؟ އެބަހީ އެކަމަށް މެނުވީ جزاء ނުލިބޭނެއެވެ. ޢަޒާބުނުލިބޭނެއެވެ.

  148. 148

    وَٱتَّخَذَ قَوْمُ مُوسَىٰ مِنۢ بَعْدِهِۦ مِنْ حُلِيِّهِمْ عِجْلًا جَسَدًا لَّهُۥ خُوَارٌ ۚ أَلَمْ يَرَوْا۟ أَنَّهُۥ لَا يُكَلِّمُهُمْ وَلَا يَهْدِيهِمْ سَبِيلًا ۘ ٱتَّخَذُوهُ وَكَانُوا۟ ظَـٰلِمِينَ

    Wattakhaẓa q̣awmu Moosaa mim baʻdihee min ḥuliyyihim ʻijlañ jasadal lahoo khuwaar. ʹAlam yaraw ʹannahoo laa- yukallimuhum wa-laa yahdeehim Sabeelaa? ʹItta-Khaẓoohu wa-kaanoo z̤̣aalimeen.

    އަދި موسى (عليه السّلام) އަށްފަހު އެބަހީ އެކަލޭގެފާނު އެކަލޭގެފާނުންގެ رَبّ ގެ مِيْقَات އަށް ވަޑައިގެންނެވުމަށްފަހު އެކަލޭގެފާނުންގެ قوم ގެމީހުން އެމީހުންގެ ގަހަނާތަކުން ޅަގެރިއެއްގެ ހަށިގަނޑެއްހަދައި (އަޅުކަންކުރާ إله އެއްކަމުގައި) އެގެރި إختيار ކޮށްފިއެވެ. އެގެރީގައި (އާދައިގެ ގެރި) ގޮވާގޮތަށް އަޑުއިވޭ) ލޯވަޅެއްވެއެވެ. އެތަނަށް ވައި ވަނީމާ ގެރިގޮވާއަޑުކަހަލަ އަޑުއިވެއެވެ. އޭތި އެމީހުންނާ ވާހަކަ ނުދައްކާކަންވެސް އެމީހުން ނުވިސްނަނީބާވައެވެ؟ އަދި އެމީހުންނަށް ތެދުމަގެއް ނުދައްކާކަންވެސް އެމީހުންނަށް ނޭނގޭބާވައެވެ؟ އެމީހުން އެގެރި إله އެއްގެގޮތުގައި إختيار ކޮށް އަޅުކަންކުރީއެވެ. އޭގެސަބަބުން އެމީހުންވީ އަނިޔާވެރިންކަމުގައެވެ. مشرك ންކަމުގައެވެ.

  149. 149

    وَلَمَّا سُقِطَ فِىٓ أَيْدِيهِمْ وَرَأَوْا۟ أَنَّهُمْ قَدْ ضَلُّوا۟ قَالُوا۟ لَئِن لَّمْ يَرْحَمْنَا رَبُّنَا وَيَغْفِرْ لَنَا لَنَكُونَنَّ مِنَ ٱلْخَـٰسِرِينَ

    Wa-lammaa suq̣iṭa feee ʹaydeehim wa-ra ʹawʹannahum q̣ad ḍalloo q̣aaloo laʹil lam yarḥamnaa Rabbunaa wa-yag̣fir lanaa lanakoonanna minal khaasireen.

    އަދި އެމީހުން - އެބަހީ ޅަގެރިޔަށް އަޅުކަންކުރިމީހުން އެކަމާ ހިތާމަކުރިހިނދުން އަދި ހަމަކަށަވަރުން އެމީހުން އެވަނީ މަގުފުރެދިފައިކަން ރަނގަޅަށް އެމީހުންނަށް އެނގިއްޖެއެވެ. އެމީހުން ދެންނެވިއެވެ. އަޅަމެންގެ رَبّ އަޅަމެންނަށް رحمة ނުލެއްވިނަމަ އަދި އެކަލާނގެ އަޅަމެނަށް ނުފުއްސެވިއްޔާ ހަމަކަށަވަރުން އަހުރެމެންވާ ހުށީ ގެއްލިހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

  150. 150

    وَلَمَّا رَجَعَ مُوسَىٰٓ إِلَىٰ قَوْمِهِۦ غَضْبَـٰنَ أَسِفًا قَالَ بِئْسَمَا خَلَفْتُمُونِى مِنۢ بَعْدِىٓ ۖ أَعَجِلْتُمْ أَمْرَ رَبِّكُمْ ۖ وَأَلْقَى ٱلْأَلْوَاحَ وَأَخَذَ بِرَأْسِ أَخِيهِ يَجُرُّهُۥٓ إِلَيْهِ ۚ قَالَ ٱبْنَ أُمَّ إِنَّ ٱلْقَوْمَ ٱسْتَضْعَفُونِى وَكَادُوا۟ يَقْتُلُونَنِى فَلَا تُشْمِتْ بِىَ ٱلْأَعْدَآءَ وَلَا تَجْعَلْنِى مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ

    Wa-lammaa rajaʻa Moosaaa ʹilaa q̣awmihee g̣aḍbaana ʹasifañ q̣aala biʹsamaa khalaftumoonee mim baʻdee. ʹA-ʻajiltum ʹamra rabbikum? Wa-ʹalq̣al ʹAlwaaḥa wa-ʹakhaẓa biraʹsi akheehi yajurruhooo ʹilayh. Q̣aalab na umma ʹinnal q̣awmas taḍʻafoonee wa-kaadoo yaq̣tuloonanee. Falaa tushmit biyal ʹaʻdaaaʹa wa-laa tajʻalnee maʻal q̣awmiz̤̣ z̤̣aalimeen.

    އަދި موسى (عليه السّلام) އެކަލޭގެފާނުންގެ رَبُّ ގެ ميقاتُ ން އެނބުރިވަޑައިގެން އެކަލޭގެފާނު (އެކަލޭގެފާނުންގެ قوم އަށްވަޑައިގެން) ވިދާޅުވިއެވެ. އަހުރެންގެފަހުން ކަލޭމެން ތިޔަކުރި ކަންތައް ވަރަށްވެސް ނުބައިވެގެންވެއެވެ. ފަހެ ކަލޭމެން ކަލޭމެންގެ رَبُّ ގެ أمر ފުޅަށް (އެކަލާނގެ ކޯފާއަށް) އަވަސްވެގަތީހެއްޔެވެ؟ އަދި އެކަލޭގެފާނުންގެ ފިލާތައް އެއްލަވާލައްވާފައި އެކަލޭގެފާނުންގެ أخ (هارون عليه السّلام ގެ) އިސްތަށިފުޅުގައި ހިއްޕަވާ އެކަލޭގެފާނުންގެ ގާތަށް ދަންމަވާލެއްވިއެވެ. އެކަލޭގެފާނު އެބަހީ هارون عليه السّلام ވިދާޅުވިއެވެ. އޭ މަންމަގެ ދަރިކަލުންނޭވެ! ހަމަކަށަވަރުން قوم ގެމީހުން އަހުރެން ނިކަމެތި މީހަކަށް ހަދައިލާ އަހުރެންގެ ބަސްނޭހިއެވެ. އެމީހުން އަހުރެން މަރާލަން ގާތްވިއެވެ. ފަހެ عداوة ތެރިން އަހުރެންނަށް عقوبة ދެއްވުމުން އުފާކުރިޔަ ނުދެއްވާށެވެ! އަދި އަނިޔާވެރިންގެތެރެއިން އަހުރެން ނުލައްވާށެވެ! مشرك ންނާއެކު އަހުރެން ނުލައްވާށެވެ!

  151. 151

    قَالَ رَبِّ ٱغْفِرْ لِى وَلِأَخِى وَأَدْخِلْنَا فِى رَحْمَتِكَ ۖ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ

    Q̣aala Rabbig̣ fir lee wa-liʹakhee wa-ʹadkhilnaa fee Raḥmatika wa-ʹAñta ʹArḥamur raaḥimeen!

    އެކަލޭގެފާނު يعني: موسى عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ. މިއަޅާއަށާއި މިއަޅާގެ أخ އަށް ފާފަފުއްސަވާނދޭވެ! [އަދި އިބަރަސްކަލާނގެ رحمة ގެތެރެއަށް އަޅަމެން ވައްދަވައިދެއްވާނދޭވެ!] އަދި އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެ ބޮޑުވެގެންވާ ކަލާނގެއެވެ.

  152. 152

    إِنَّ ٱلَّذِينَ ٱتَّخَذُوا۟ ٱلْعِجْلَ سَيَنَالُهُمْ غَضَبٌ مِّن رَّبِّهِمْ وَذِلَّةٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَكَذَٰلِكَ نَجْزِى ٱلْمُفْتَرِينَ

    ʹInnal laẓeenat takhaẓul ʻijlasa yanaaluhum g̣aḍabum mir Rabbihim waẓillatuñ fil ḥayaatid dunyaa: wa-kaẓaalika najzil muftareen.

    ހަމަކަށަވަރުން ޅަގެރިޔަށް އަޅުކަންކުރި މީސްތަކުންނަށް ނިކަންހުރެ އެމީހުންގެ رَبّ ގެ حضرة ން (ބޮޑުވެގެންވާ) ކޯފާއެއް ލިބޭހުއްޓެވެ. އަދި ދުނިޔޭގެ حياة ގައިވެސް ދެރަކަމާއި ނިކަމެތިކަން ޖެހޭހުއްޓެވެ. ދޮގުވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

  153. 153

    وَٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ ثُمَّ تَابُوا۟ مِنۢ بَعْدِهَا وَءَامَنُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌ رَّحِيمٌ

    Wallaẓeena ʻamilus sayyiʹaati s̤umma taaboo mim baʻdihaa wa-ʹaamanooo ʹinna Rabbaka mim baʻdihaa la-G̣afoorur Raḥeem.

    އަދި ނުބައިކަންތައްތައް ކުރި މީސްތަކުން (ދަންނައެވެ!) ދެން އެއަށްފަހު އެމީހުން توبة ވެ، އަދި އީމާންވެއްޖެއްޔާ - ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (ޅަގެރިޔަށް އަޅުކަންކުރި މީހުންވެސް ހަމަ އެފަދައެވެ.)

  154. 154

    وَلَمَّا سَكَتَ عَن مُّوسَى ٱلْغَضَبُ أَخَذَ ٱلْأَلْوَاحَ ۖ وَفِى نُسْخَتِهَا هُدًى وَرَحْمَةٌ لِّلَّذِينَ هُمْ لِرَبِّهِمْ يَرْهَبُونَ

    Wa-lammaa sakata ʻam Moosal g̣aḍabu ʹakhaẓal ʹAlwaaḥa wa-fee nuskhatihaa Hudañw Wa-Raḥmatul lil-laẓeena hum li-Rabbihim yarhaboon.

    އަދި موسى عليه السّلام ގެ އެކޯފާ ހަނުހިމޭންވެ މަޑުވިހިނދުން ފިލާކޮޅުތަކުގައި ހިއްޕަވައިފިއެވެ. އަދި އެފިލާކޮޅުތަކުގެ مَضْمُوْنُ ގައި (އޭގެ ލިއުއްވުމުގައި) އެބަޔަކު އެބަޔަކުގެ رَبّ އަށް ބިރުވެތިވާ ބަޔަކަށްވާ ތެދުމަގާއި رحمة ވެއެވެ.

  155. 155

    وَٱخْتَارَ مُوسَىٰ قَوْمَهُۥ سَبْعِينَ رَجُلًا لِّمِيقَـٰتِنَا ۖ فَلَمَّآ أَخَذَتْهُمُ ٱلرَّجْفَةُ قَالَ رَبِّ لَوْ شِئْتَ أَهْلَكْتَهُم مِّن قَبْلُ وَإِيَّـٰىَ ۖ أَتُهْلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآ ۖ إِنْ هِىَ إِلَّا فِتْنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهْدِى مَن تَشَآءُ ۖ أَنتَ وَلِيُّنَا فَٱغْفِرْ لَنَا وَٱرْحَمْنَا ۖ وَأَنتَ خَيْرُ ٱلْغَـٰفِرِينَ

    Wakhtaara Moosaa q̣awmahoo sabʻeena rajulal li-Meeq̣aatinaa: falammaaa ʹakhaẓathumur rajfatu q̣aala Rabbi law shiʹta ʹahlaktahum miñ q̣ablu wa-ʹiyyaay. ʹA-tuhlikunaa bimaa faʻalas sufahaaaʹu minnaa? ʹIn hiya ʹillaa fitnatuk. Tuḍillu bihaa mañ tashaaaʹu wa-tahdee mañ tashaaaʹ. ʹAñta Waliyyunaa fag̣fir lanaa warḥamnaa wa-ʹAñta Khayrul g̣aafireen.

    އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެމީހުންގެތެރެއިން ހަތްދިހަ ފިރިހެނުން ތިމަންރަސްކަލާނގެ مِيْقات އަށް ވަޑައިގަތުމަށް إختيار ކުރެއްވިއެވެ. (މިއީ ޅަގެރިޔަށް އަޅުކަންކުރި މީހުން ކުރިނުބައިކަންތަކަށް توبة ލެއްވުމުގެ އެދުމުގައި ﷲ އަށް ދަންނަވާ أستغفار ކުރެއްވުމާއި ކުއްތަންވުމުގެ ގޮތުން އޮތް مِيْقات އެކެވެ. ދެންފަހެ مِيْقات އަށް ދެވުމަށްފަހު އެމީހުންނަށް موسى عليه السّلام އެންގެވީ سجدة އަށް ތިރިވުމަށެވެ. سجدة ކުރުމަށެވެ. އެންމެން سجدة އަށް ތިރިވުމުން ﷲ تعالى موسى عليه السّلام އަށް وحي ބާވައިލައްވައެވެ. ބަސްފުޅުތަކުގެ އަޑު އެމީހުންވެސް އަހާކަމުގައިވިއެވެ. ދެންފަހެ وحي ނިމުމުން އެމީހުން ތެދުވެ ދެންނެވީ ﷲ އަހުރެމެންނަށް ދެއްކެވިއްޔާ މެނުވީ އަހުރެމެން އީމާންނުވާނެކަމަށެވެ. ދެންފަހެ މިއިދިކީލިކަމުގެ ބަސް ދެންނެވުމުން އެމީހުންނަށް އައީ ގަދަހެލުމަކާއި އަޑުފަށެކެވެ. އެއީ رَجْفَة އެވެ. އެއަޑުފަށަށް موسى عليه السّلام ފިޔަވައި ދެން އެންމެން މަރުވީއެވެ.)\n(ދެންފަހެ އެމީހުންނަށް އެ رَجْفَة ޖެހި އެންމެން މަރުވެދިއުމުން موسى عليه السّلام (ވަރަށް ހިތާމަފުޅުން އަސަރުގަދަދެންނެވުމެއްދެންނެވިއެވެ.) ﷲ އަށް ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! އިބަރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ މީގެކުރިންވެސް އިބަރަސްކަލާނގެ އެމީހުން ހަލާކުކުރައްވައިފީހެވެ. އަދި މިއަޅާވެސް ހަލާކު ކުރައްވައިފީހެވެ. އަޅަމެންގެ ތެރެއިންވާ މޮޔަ جاهل ން ކުރަމުންގެންދާ ނުބައި ކަންތަކުގެ ސަބަބުން އިބަރަސްކަލާނގެ އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟ އަދި އެކަން އެއީ އިބަރަސްކަލާނގެ ޖައްސަވާ إمتحان ކަމުގައިމެނުވީ ނުވެއެވެ. އޭގެސަބަބުން އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުންނެއް މަގުފުރައްދަވައެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުންނަކަށް ތެދުމަގު ދައްކަވަމުއެވެ. އިބަރަސްކަލާނގެއީ އަޅަމެންގެ ސަހަރޯވެރިޔާއެވެ. ފަހެ އަޅަމެންނަށް ފުއްސަވާދެއްވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވާންދޭވެ. އަދި އިބަރަސްކަލާނގެއީ ފާފަފުއްސަވާ عفو ކުރައްވާ އެންމެ ހެޔޮވެގެންވާ ފަރާތެވެ.

  156. 156

    ۞ وَٱكْتُبْ لَنَا فِى هَـٰذِهِ ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ إِنَّا هُدْنَآ إِلَيْكَ ۚ قَالَ عَذَابِىٓ أُصِيبُ بِهِۦ مَنْ أَشَآءُ ۖ وَرَحْمَتِى وَسِعَتْ كُلَّ شَىْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِـَٔايَـٰتِنَا يُؤْمِنُونَ

    Waktub lanaa fee haaẓihid dunyaa ḥasanatañw wafil ʹAakhirati ʹinnaa hudnaaa ʹilayk. Q̣aala ʻaẓaabeee ʹuṣeebu bihee man ʹashaaaʹ. Wa-Raḥmatee wasiʻat kulla shayʹ. Fasaʹaktubuhaa lil-laẓeena yattaq̣oona wa-yuʹtoonaz Zakaata wal-laẓeena hum̃ biʹAayaatinaa yuʹminoon;―

    އަދި މިދުނިޔޭގައި އަޅަމެންނަށް ހެޔޮކަން (صالح عمل ކުރުމުގެ توفيق) ލިއުއްވާދެއްވާނދޭވެ! އަދި آخرة ގައިވެސް އަޅަމެންނަށް (ފާފަފުއްސެވުން) ލިއުއްވާދެއްވާނދޭވެ! ހަމަކަށަވަރުން އަޅަމެން އިބަރަސްކަލާނގެއަށް رجوع ވެ توبة ވެއްޖައީމެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذاب ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދިމާކުރައްވަމެވެ. ޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ފަހެ ތިމަންރަސްކަލާނގެ އެ رحمةލިއުއްވާހުށީ އެބަޔަކު تقوى ވެރިވާ އަދި ޒަކާތްދޭ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް އެމީހުން ބިރުވެތިވާމީހުންނަށެވެ.

  157. 157

    ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِىَّ ٱلْأُمِّىَّ ٱلَّذِى يَجِدُونَهُۥ مَكْتُوبًا عِندَهُمْ فِى ٱلتَّوْرَىٰةِ وَٱلْإِنجِيلِ يَأْمُرُهُم بِٱلْمَعْرُوفِ وَيَنْهَىٰهُمْ عَنِ ٱلْمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَـٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَـٰٓئِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَٱلْأَغْلَـٰلَ ٱلَّتِى كَانَتْ عَلَيْهِمْ ۚ فَٱلَّذِينَ ءَامَنُوا۟ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُوا۟ ٱلنُّورَ ٱلَّذِىٓ أُنزِلَ مَعَهُۥٓ ۙ أُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

    ʹAllaẓeena yattabiʻoonar Rasoolan Nabiyyal ʹUmmiyyal laẓee yajidoonahoo maktooban ʻiñdahum fit Tawraati wal-ʹIñjeel. Yaʹmuruhum̃ bilmaʻroofi wa-yanhaahum ʻanil muñkari wa-yuḥillu lahumuṭ ṭayyibaati wa-yuḥarrimu ʻalayhimul khabaaaʹis̤a wa-yaḍaʻu ʻanhum ʹiṣrahum wal-ʹag̣laalal latee kanat ʻalayhim. Fallaẓeena ʹaamanoo bihee wa-ʻazzaroohu wa-naṣaroohu wattabaʻun Nooral laẓeee ʹuñzila maʻahooo ʹulaaaʹika humul Mufliḥoon.

    އެމީހުންނަކީ رسول އާއަށް تبع ވާމީހުންނެވެ. އެ رسول އާ އެއީ أمِّىِّ نَبِى އެވެ. އެކަލޭގެފާނީ އެމީހުން ގެންގުޅޭ توراة އާއި إنجيل އާއި މިދެފޮތުގައި އެކަލޭގެފާނުންގެ ސިފަފުޅުތަކާއި خبر ތައް ލިޔެވިގެންވާ نَبِى އާއެވެ. އެއީ محمد ﷺ އެވެ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކުރައްވާނެއެވެ. އަދި منكراة ތައް މީސްތަކުންނަށް ނަހީކުރައްވާ މަނާކުރައްވާނެއެވެ. އަދި އެކަލޭގެފާނު މީސްތަކުންނަށް ރަނގަޅުތަކެތި حلال ކޮށްދެއްވާ އަދި ހަޑި މުޑުދާރުތަކެތި މީސްތަކުންނައް حرام ކުރައްވާނެއެވެ. އަދި (بني إسرائيل ންނަށް ކަނޑައެޅިފައިވާ ދަތިއުނދަގޫ) عهد ތައް މީސްތަކުންގެ ކިބައިން އެކަލޭގެފާނު ނަންގަވާ ލުއިކޮށްދެއްވާ އަދި ހަރުކަށި تكليف ތައް ދުރުކޮށްދެއްވާ ނެތިކުރައްވާނެއެވެ. ފަހެ އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނަށް ގަދަރުކޮށް މާތްކޮށްހިތާ إحترام ކޮށް އަދި އެކަލޭގެފާނަށް نصر ދީ އަދި އެކަލޭގެފާނަށް ބާވައިލެއްވި نور ކަމުގައިވާ މާތް قرآن އަށް تبع ވެއްޖެ މީސްތަކުން (ދަންނައެވެ!) ކަނޑައެޅިގެން އެމީހުން އެއީކާމިޔާބުވެ ނަސީބުވެރިވާނޭ ބައެކަވެ.

  158. 158

    قُلْ يَـٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِ ٱلنَّبِىِّ ٱلْأُمِّىِّ ٱلَّذِى يُؤْمِنُ بِٱللَّهِ وَكَلِمَـٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ

    Q̣ul yaaaʹayyuhan naasu ʹinnee Rasoolul laahi ʹilaykum jameeʻanil laẓee lahoo mulkus samaawaati wal-ʹarḍ. Laaa ʹillaa ʹilaaha Huwa yuḥyee wa-yumeet. Faʹaaminoo billaahi wa-Rasoolihin Nabiyyil ʹUmmiyyil laẓee yuʹminu billaahi wa-Kalimaatihee wattabiʻoohu laʻallakum tahtadoon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު މިއީ ކަލޭމެން އެންމެންގެ ގާތަށް ފޮނުއްވިގެންވާ ﷲ ގެ رسول އާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ މުޅި مِلْكُ ހުރިހާތަކެތި އެކަލާނގެއަށް خاصّ ވެގެންވާ ކަލާނގެއެވެ. އެކަލާނގެ ނޫން އެހެން إله އަކު ނުވެއެވެ. އެއްވެސް حقّ إله އަކު ނުވެއެވެ. އެކަލާނގެ ތަކެތި ދިރުއްވާ ތަކެތި މަރުއްވައެވެ. ފަހެ ކަލޭމެން ﷲ އަށް އީމާންވާށެވެ! އަދި އެކަލާނގެ رسول އާއަށް އީމާންވާށެވެ! އެއީ أمِّىِّ نَبِى އާއެވެ. އަދި އެކަލޭގެފާނު ﷲ އާއި އެކަލާނގެ އެންމެހާ كَلِمَة ފުޅުތަކަށް އީމާންވެވަޑައިގަންނަވައެވެ. ތެދުކުރައްވައެވެ. އަދި ކަލޭމެންނަށް ތެދުމަގު ލިބޭތޯ ކަލޭމެން އެކަލޭގެފާނާއި تبع ވާށެވެ!

  159. 159

    وَمِن قَوْمِ مُوسَىٰٓ أُمَّةٌ يَهْدُونَ بِٱلْحَقِّ وَبِهِۦ يَعْدِلُونَ

    Wa-miñ q̣awmi Moosaaa ʹummatuñy yahdoona bilḥaq̣q̣i wa-bihee yaʻdiloon.

    އަދި موسى عليه السّلام ގެ قوم ގައި މީސްތަކުންނަށް حقّ އަށް މަގުދައްކާ أمّة އެއް ވެއެވެ. ބަޔަކުވެއެވެ. (އެ أمّة ގައި އެބަހީ بني إسرائيل ގައި ހުރިހާ މީހުން އެއްކަހަލައެއްނޫނެވެ. ރަނގަޅުމީހުން ވެއެވެ. މިއާޔަތުގައި އެވަނީ އެވާހަކައެވެ.) އެމީހުން حقّ ގޮތުގައި މީސްތަކުންގެ މެދުގައި عدل إنصاف قائم ކުރެއެވެ.

  160. 160

    وَقَطَّعْنَـٰهُمُ ٱثْنَتَىْ عَشْرَةَ أَسْبَاطًا أُمَمًا ۚ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ إِذِ ٱسْتَسْقَىٰهُ قَوْمُهُۥٓ أَنِ ٱضْرِب بِّعَصَاكَ ٱلْحَجَرَ ۖ فَٱنۢبَجَسَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۚ وَظَلَّلْنَا عَلَيْهِمُ ٱلْغَمَـٰمَ وَأَنزَلْنَا عَلَيْهِمُ ٱلْمَنَّ وَٱلسَّلْوَىٰ ۖ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ ۚ وَمَا ظَلَمُونَا وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

    Wa-q̣aṭṭaʻnaahumus̤ natay ʹasbaaṭan ʻashrata ʹumamaa. Wa-ʹawḥaynaaa ʹilaa Moosaaa ʹiẓis tasq̣aahu q̣awmuhooo ʹaniḍ rib biʻaṣaakal ḥajar. Fambajasat minhus̤ nataa ʻashrata ʻaynaa q̣ad ʻalima kullu ʹunaasim mashrabahum. Waz̤̣allalnaa ʻalayhimul g̣amaama wa-ʹañzalnaa ʻalayhimul Manna was-Salwaa: kuloo miñ ṭayyibaati maa- razaq̣naakum. Wa-maa z̤̣alamoonaa wa-laakiñ kaanooo ʹañfusahum yaz̤̣limoon.

    އަދި ތިމަންރަސްކަލާނގެ އެބައިމީހުން އެބަހީ بني إسرائيل ން ބާރަ سِبْط އަށް ބައިކޮށް ވަކިވަކި ކޮށްލެއްވީމެވެ. (سِبْط އަކީ يعقوب عليه السّلام ގެ ބޭފުޅުންނަށް ކިޔާފައިވާ ނަމެކެވެ.) بني إسرائيل ގެ ތެރޭގައި سِبْط ހިމެނިފައިވާނީ قَبِيْلَة ގެގޮތުގައެވެ. އެއީ (12) ބާރަ ބޭފުޅުންނެވެ. ބާރަ قَبِيْلَة އެވެ. والله أعلم) = زُبْدَةُ التّفسير =\nއެއީ ބާރަ أمّة އެވެ. އެބައިމީހުން ފެނަށް ބޭނުންވީހިނދުން موسى عليه السّلام އަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭގެފާނުންގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! (ދެންފަހެ އެކަލޭގެފާނު ޖެއްސެވުމުން) އެހިލަ ފަޅަފަޅައިގެންގޮސް ބާރަ އާރުގެ ފެން ދެމިގަނެއްޖެއެވެ. އަދި އެއިން ކޮންމެ ބަޔަކަށްވެސް އެބަޔަކު ފެންބޯންވީތަނެއް ހަމަކަށަވަރުން އެނގިއްޖެއެވެ. (އެއީ ކޮންމެ قَبِيْلَة އަކަށް އާރެއްގެގޮތުންނެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް ވިލާގަނޑުން ހިޔާކޮށްދެއްވީމެވެ. އަދި އެމީހުންނަށް ތިމަންރަސްކަލާނގެ مَنُّ އާއި سَلْوَى ބާވައިލެއްވީމެވެ. (އަދި އެމީހުންނަށް އެންގެވީމެވެ.) ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވި حلال ރަނގަޅު ރިޒުގުން ކަލޭމެން ކައިހަދާށެވެ! (ދެންފަހެ އެމީހުން ނުކިޔަމަންތެރިވެ އަނިޔާވެރިވީއެވެ.) އަދި އެކަމަކު އެމީހުން ތިމަންރަސްކަލާނގެއަށް އަނިޔާނުކުރެއެވެ. އަދި އެކަމަކު އެމީހުން އަނިޔާވެރިވީ އެމީހުންގެ އަމިއްލަ نفس ތަކަށެވެ.

  161. 161

    وَإِذْ قِيلَ لَهُمُ ٱسْكُنُوا۟ هَـٰذِهِ ٱلْقَرْيَةَ وَكُلُوا۟ مِنْهَا حَيْثُ شِئْتُمْ وَقُولُوا۟ حِطَّةٌ وَٱدْخُلُوا۟ ٱلْبَابَ سُجَّدًا نَّغْفِرْ لَكُمْ خَطِيٓـَٔـٰتِكُمْ ۚ سَنَزِيدُ ٱلْمُحْسِنِينَ

    Wa-ʹiẓ q̣eela lahumus kunoo haaẓihil q̣aryata wa-kuloo minhaa ḥays̤u shiʹtum wa-q̣ooloo Ḥiṭṭatuñw wadkhulul baaba sujjadan nag̣fir lakum khaṭeeeʹaatikum: sanazeedul Muḥsineen.

    އަދި ކަލޭމެން މިރަށުގައި (بَيْتُ اْلمَقْدِسُ ގައި) ވަޒަންވެރިވާށޭ، އަދި ކަލޭމެން އެދޭގޮތަކަށް އެރަށުން ކައިބޮއިހަދާށޭ، އަދި އަޅަމެންގެ ފާފަފުއްސަވާންދޭ މިހެން ދަންނަވާށެވެ. އަދި ކިޔަމަންތެރިވެގެންވާ حال ރަށުގެ ދޮރުން ވަންނާށޭ، އޭރުން ތިމަންރަސްކަލާނގެ ކަލޭމެނަށް ފުއްސަވާނަމޭ އަދި إحسان ތެރިންނަށް އިތުރުކޮށްދޭ ހުށީމޭ މިފަދަ މިފަދައިން އެމީހުންނަށް ބުނެވުނުހިނދު (ހަނދާންކުރާށެވެ.)

  162. 162

    فَبَدَّلَ ٱلَّذِينَ ظَلَمُوا۟ مِنْهُمْ قَوْلًا غَيْرَ ٱلَّذِى قِيلَ لَهُمْ فَأَرْسَلْنَا عَلَيْهِمْ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَظْلِمُونَ

    Fabaddalal laẓeena z̤̣alamoo minhum q̣awlan g̣ayral laẓee q̣eela lahum faʹarsalnaa ʻalayhim rijzam minas samaaaʹi bimaa kaanoo yaz̤̣limoon.

    ދެންފަހެ އެމީހުންކުރެ އަނިޔާވެރިވީ މީހުން ދަންނައެވެ. އެމީހުން ބުނަން އެންގި ބަސް އެހެން ބަހަކަށް އެމީހުން ބަދަލުކޮށްފިއެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އުޑުން عذاب އެއް ބާވައިލެއްވީމެވެ. އެއީ އެމީހުން އަނިޔާވެރިވާކަމުގެ ސަބަބުންނެވެ.

  163. 163

    وَسْـَٔلْهُمْ عَنِ ٱلْقَرْيَةِ ٱلَّتِى كَانَتْ حَاضِرَةَ ٱلْبَحْرِ إِذْ يَعْدُونَ فِى ٱلسَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُم بِمَا كَانُوا۟ يَفْسُقُونَ

    Wasʹalhum ʻanil q̣aryatil latee kaanat ḥaaḍiratal baḥr. ʹIẓ yaʻdoona fis Sabti ʹiẓ taʹteehim ḥeetaanuhum yawma Sabtihim shurraʻañw wayawma laa- yasbitoona laa- taʹteehim. Kaẓaalika nabloohum̃ bimaa kaanoo yafsuq̣oon.

    (އޭ رسول ﷲ އެވެ!) ކަނޑުގެ އައްސޭރީގައިވާ ރަށާއިމެދު ކަލޭގެފާނު އެމީހުންނާއި ސުވާލުކުރައްވާ ބައްލަވާށެވެ! (بني إسرائيل ންނާ ސުވާލުކުރައްވާށެވެ!) އެއީ އެރަށުގެ މީހުން ހޮނިހިރުދުވަހަށް މާތްކޮށް ހިތުމުގެ މައްސަލައިގައި ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ. އެހެނީ ހޮނިހިރުދުވަހު (ހޮނިހިރުދުވަހަށް މާތްކޮށް ހިތާހިނދު) މަސްތައް ފެންމައްޗަށް ފާޅުވެ ގާތަށް އާދެއެވެ. އަދި ހޮނިހިރުދުވަސް ދިއުމުން މަސްތައް ގާތަށް ނާދެއެވެ. ފާޅުނުވެއެވެ. ތިމަންރަސްކަލާނގެ އެމީހުން إمتحان ކުރައްވަނީ އެފަދައިންނެވެ. އެއީ އެމީހުން فاسق ވާކަމުގެ ސަބަބުންނެވެ.

  164. 164

    وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ ٱللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا۟ مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ

    wa-ʹiẓ q̣aalat ʹummatum minhum lima taʻiz̤̣oona q̣aw-manil laahu muhlikuhum ʹaw muʻaẓẓibuhum ʻazaabañ shadeedaa? Q̣aaloo maʻẓiratan ʹilaa Rabbikum wa-laʻallahum yattaq̣oon.

    އަދި ހޮނިހިހިރުދުވަހު ކެޔޮޅުކަންކުރުން އެމީހުންނަށް ވަނީ މަނާ ކުރެވިފައެވެ. އަދި އެމީހުންގެތެރެއިން ހެޔޮވިސްނޭ ރަނގަޅު މީހުން ކެޔޮޅުކަން ކުރިމީހުންނަށް އެކަންމަނާކޮށް ނަޞޭހަތް ދިނެވެ. އަދި މި ނަޞޭޙަތް ދިން މީހުންނަށް އަނެއްބަޔަކު ބުނީ "ﷲ އެބަޔަކު ހަލާކުކުރައްވާނޭ ބަޔަކަށް ދެން ކަލޭމެން وعظ ދީ نصيحة ދޭންވީ ކީއްވެގެންހެއްޔެވެ؟ ނުވަތަ ﷲ އެބަޔަކަށް ގަދަވެގެންވާ عذاب ދެއްވާނެބަޔަކަށް ކަލޭމެން وعظ ދޭންވީ ކީއްކުރަންހެއްޔެވެ؟" އެމީހުން އޭގެ جواب ގައި ބުންޏެވެ. "އެއީ ކަލޭމެންގެ رَبّ ގެ حضرة ގައި عذر ދެއްކުމުގެގޮތުންނެވެ. (ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމުގެ فرض އަދާކުރުމުގެ عذر ދެއްކުމަށެވެ.) އަދި އެނުބައި ކަންތައްތައްކުރާމީހުން އެބަހީ ހޮނިހިރު ދުވަހު ހައްދުފަހަނަޅައިގެންދާމީހުން އެކަންހުއްޓައި تقوى ވެރިވޭތޯއެވެ."

  165. 165

    فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦٓ أَنجَيْنَا ٱلَّذِينَ يَنْهَوْنَ عَنِ ٱلسُّوٓءِ وَأَخَذْنَا ٱلَّذِينَ ظَلَمُوا۟ بِعَذَابٍۭ بَـِٔيسٍۭ بِمَا كَانُوا۟ يَفْسُقُونَ

    Falammaa nasoo maa- ẓukkiroo biheee ʹañjaynal laẓeena yanhawna ʻanis soooʹi wa-ʹakhaẓnal laẓeena z̤̣alamoo biʻaẓaabim baʹeesim bimaa kaanoo yafsuq̣oon.

    ދެންފަހެ އެބައިމީހުންނަށް - އެބަހީ ހޮނިހިރުދުވަހުގެ حرمة ކަނޑާ ހައްދުފަހަނަޅައިގެންދިޔަ މީހުންނަށް - އެކަންކަމުން نصيحة ދެވި وعظ ދެވުނު ކަންތައް އެމީހުން ދޫނުކޮށް އަދި ހަނދާންނައްތައިލިހިނދުން (އެބަހީ وعظ ދިން މީހުންގެ وعظ ހަނދާންނައްތާލައި އެ އުރެދުމުގައި ދެމިތިބިހިނދުން) އެމީހުންގެ ކިބައިން އެކަން ނަހީކޮށް މަނާކުރިމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އަނިޔާވެރިން އެބަހީ އެނުބައި ކަންތައްކުރިމީހުންނަށް ގަދަ عذاب އެއް ޖައްސަވައި ތިމަންރަސްކަލާނގެ އެމީހުން ހިއްޕެވީމެވެ. އެއީ އެމީހުންކުރާ ނުބައިކަންކަމުގެ ސަބަބުންނެވެ.

  166. 166

    فَلَمَّا عَتَوْا۟ عَن مَّا نُهُوا۟ عَنْهُ قُلْنَا لَهُمْ كُونُوا۟ قِرَدَةً خَـٰسِـِٔينَ

    Falammaa ʻataw ʻam maa nuhoo ʻanhu q̣ulnaa lahum koonoo q̣iradatan khaasiʹeen.

    ފަހެ އެމީހުންނަށް ނަހީވެވުނު ކަންތަކުގައި އެމީހުން މަނާނުވެ ދެމިތިބިހިނދުން ހައްދުފަހަނަޅައި ދިޔަހިނދުން ތިމަންރަސްކަލާނގެ އެމީހުނަށް އެންގެވީމެވެ. ކަލޭމެން ގެއްލިހަލާކުވެ ނިކަމެތިވެގެންވާ ރާމާމަކުނުތަކަކަށްވާށެވެ! - ފަހެ ހޮނިހިރުދުވަހު މަސްހިފި يهودي ން ރާމާމަކުނުގެ ސިފަޔަށް ބަދަލުވެގެން ދިޔައީއެވެ.

  167. 167

    وَإِذْ تَأَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَن يَسُومُهُمْ سُوٓءَ ٱلْعَذَابِ ۗ إِنَّ رَبَّكَ لَسَرِيعُ ٱلْعِقَابِ ۖ وَإِنَّهُۥ لَغَفُورٌ رَّحِيمٌ

    Wa-ʹiẓ taʹaẓẓana Rabbuka layabʻas̤anna ʻalayhim ʹilaa yawmil Q̣iyaamati mañy yasoomuhum soooʹal ʻaẓaab. ʹInna rabbaka la-Sareeʻul ʻiq̣aabi wa-ʹinnahoo la-G̣afoorur Raḥeem.

    އަދި ކަލޭގެފާނުންގެ رَبّ އަންގަވާ إعلان ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ އެންގެވިއެވެ. قيامة އާއި ޖެހެންދެންވެސް އެމީހުންނަށް عذاب ގެ ނުބައި ރަހަ ދައްކާނޭބަޔަކު - އެބަހީ يهودي ންނަށް ނުބައި ރަހަދައްކާނޭބަޔަކު ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮނުވާހުށީމެވެ. (ކޮންމެ ޒަމާނެއްގައިވެސް يهودي ންނަށް އުނދަގޫކޮށް ދުއްޕާންކުރާނެބަޔަކު ތިބޭނެއެވެ. އެމީހުންނަށް ހަމަނިދި ނުނިދޭނެއެވެ. އެއީ އެކަން އޮތްގޮތެވެ. އެމީހުންގެ عمل ތަކުގެ ސަބަބުން ދިމާކުރެއްވި ގޮތެކެވެ.) ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ عقوبة އަވަސްވެގެންވާ ކަލާނގެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  168. 168

    وَقَطَّعْنَـٰهُمْ فِى ٱلْأَرْضِ أُمَمًا ۖ مِّنْهُمُ ٱلصَّـٰلِحُونَ وَمِنْهُمْ دُونَ ذَٰلِكَ ۖ وَبَلَوْنَـٰهُم بِٱلْحَسَنَـٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمْ يَرْجِعُونَ

    Wa-q̣aṭṭaʻnaahum fil ʹarḍi ʹumamaa. Min-humuṣ ṣaaliḥoona wa-minhum doona ẓaalik. Wa-balawnaahum̃ bil-ḥasanaati was-sayyiʹaati laʻallahum yarjiʻoon.

    އަދި ތިމަންރަސްކަލާނގެ އެމީހުން يعني: ބަނީއިސްރާއީލުން ބިމުގައި އެކިއެކި جماعة جماعة ށް ބައިބަޔަށް ވަކިވަކިކޮށްލެއްވީމެވެ. އެމީހުންގެތެރޭގައި صالح މާތްމީހުންވެއެވެ. އަދި އެމީހުންގެތެރޭގައި އެއަށްވުރެ ދަށްމީހުންވެއެވެ. އަދި އެކިއެކި ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް ފޮނުއްވައިގެން ތިމަންރަސްކަލާނގެ އެމީހުން إمتحان ކުރެއްވީމުއެވެ. އެއީ އެމީހުން އެތިބި ނުބައިގޮތް ދޫކޮށް ހެޔޮމަގަށް އެނބުރި رجوع ވޭތޯއެވެ. (ހެޔޮކަންތައްތަކޭ ބުނެވުނު ބަހުގެ މާނައީ ދިރިއުޅުމުގެ ތަނަވަސްކަމާއި މުއްސަނދިކަމާއި އަމާންކަމެވެ. ނުބައިކަންތަކަކީ ދިރިއުޅުން ދަތިވުމާއި فقير ކަމާއި ދަތިގޮތްތައް މެދުވެރިވުމެވެ.)

  169. 169

    فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ وَرِثُوا۟ ٱلْكِتَـٰبَ يَأْخُذُونَ عَرَضَ هَـٰذَا ٱلْأَدْنَىٰ وَيَقُولُونَ سَيُغْفَرُ لَنَا وَإِن يَأْتِهِمْ عَرَضٌ مِّثْلُهُۥ يَأْخُذُوهُ ۚ أَلَمْ يُؤْخَذْ عَلَيْهِم مِّيثَـٰقُ ٱلْكِتَـٰبِ أَن لَّا يَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ وَدَرَسُوا۟ مَا فِيهِ ۗ وَٱلدَّارُ ٱلْـَٔاخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ

    Fakhalafa mim baʻdihim khalfuñw waris̤ul Kitaaba yaʹkhuẓoona ʻaraḍa haaẓal ʹadnaa wa-yaq̣ooloona sayug̣faru lanaa. Wa-ʹiñy yaʹtihim ʻaraḍum mis̤luhoo yaʹkhuẓooh. ʹAlam Yuʹkhaẓ ʻalayhim Mees̤aaq̣ul Kitaabi ʹal laa yaq̣ooloo ʻalal laahi ʹillal ḥaq̣q̣a wadarasoo maa- feeh? Wad-Daarul ʹAakhiratu khayrul lil-laẓeena yattaq̣oon. ʹAfalaa taʻq̣iloon?

    ދެންފަހެ އެބައިމީހުންނަށްފަހު (އެބަހީ، ހެޔޮކަންތަކަށް أمر ކޮށް ނުބައިކަންތައް ނަހީކުރިމީހުނަށްފަހު) އެމީހުން ފޮތް ވާރުތަކުރި އެހެން ނުބައި ބައިގަނޑެއް އައެވެ. އެމީހުން މިއަވަސްވެގެންވާ ދުނިޔޭގެ ފައިދާކޮޅެއް ހިފަނީއެވެ. رِشْوة ހިފަނީއެވެ. (ފޮތުގެ حكم ތައް رِشْوة އަށްޓަކައި ބަދަލުކުރަނީއެވެ.) އަދި އެމީހުން ބުނީ ނިކަންހުރެ އަހުރެމެންނަށް ފުއްސެވޭނެއެވެ. ދެން އަދި އަލުންވެސް އެފަދަ އެހެން ފާފައެއް އަތުވެއްޖެއްޔާ އެހެން رِشْوة އެއް އަތުވެއްޖެއްޔާ އޭގައިވެސް ހިފަނީއެވެ. (އެވާހަކަ بقرة ސޫރަތުގެ 79 ވަނަ އާޔަތުގައިވެއެވެ. ތިމާމެންގެ އަތުން ފޮތްލިޔެފާ ބޭނުންގޮތަކަށް ބަދަލުކޮށް ބުނަނީ މިއީ ﷲ ބާވައިލެއްވި ގޮތްކަމަށެވެ. އެއީ ދުނިޔޭގެ ކުޑަފައިދާއަކަށްޓަކައި ހަދައިލާގޮތެކެވެ. އެފަދަމީހުންނަށް وَيل އެވެކިޔާ ގަދަ عذاب ހުރިކަމަށް އަންގަވާފައިވެއެވެ.)\nއެފަދަމީހުންގެ ފަރާތުން ފޮތުގެ مِيْثَاق ހިއްޕަވާފައި ނުވޭހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ. عهد ކަށަވަރު ހިއްޕަވާފައިވާނީ އެމީހުން ﷲ އާއިމެދު حقّ ބަހެއްނޫނީ ނުބުނާށެވެ. އަދި އެމީހުން އެފޮތުގައިވާތަކެތި دِرَاسَة ކޮށް / ސްޓަޑީކޮށްފައިވެއެވެ. (އެހެންވުމާއިއެކުވެސް އެމީހުން އެހެން އެހަދަނީއެވެ.) تقوى ވެރިވެ ﷲ އަށް ބިރުވެތިވާބަޔަކަށް آخرة ގެގޮވަތި މާހެޔޮވެގެންވެއެވެ. - ކަލޭމެންނަށް ފަހެ އެކަން ނޭނގޭހެއްޔެވެ؟ އެކަމަށް ވިސްނާ فكر ނުކުރޭހެއްޔެވެ؟

  170. 170

    وَٱلَّذِينَ يُمَسِّكُونَ بِٱلْكِتَـٰبِ وَأَقَامُوا۟ ٱلصَّلَوٰةَ إِنَّا لَا نُضِيعُ أَجْرَ ٱلْمُصْلِحِينَ

    Wallaẓeena yumassikoona bil-Kitaabi wa-ʹaq̣aamuṣ Ṣalaata ʹinnaa laa- nuḍeeʻu ʹajral Muṣliḥeen.

    އަދި ފޮތުގައި ހިފައި އޭގައިވާގޮތަށް ރަނގަޅަށް عمل ކޮށް އަދި އެމީހުން ނަމާދު قائم ކޮށް ހެދިމީހުން، (އެއީ إصلاح ކުރިމީހުންނެވެ.) އަދި ހަމަކަށަވަރުން إصلاح ކުރާމީހުންގެ عمل ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.

  171. 171

    ۞ وَإِذْ نَتَقْنَا ٱلْجَبَلَ فَوْقَهُمْ كَأَنَّهُۥ ظُلَّةٌ وَظَنُّوٓا۟ أَنَّهُۥ وَاقِعٌۢ بِهِمْ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ

    Wa-ʹiẓ nataq̣nal Jabala fawq̣ahum kaʹannahoo z̤̣ullatuñw waz̤̣annooo ʹannahoo waaq̣iʻum bihim: khuẓoo maaa ʹaataynaakum̃ biq̣uwwatiñw waẓkuroo maa- feehi laʻallakum tattaq̣oon.

    އަދި (طور) ފަރުބަދަ ހުރިތަނުން ލުހެލައި ތިމަންރަސްކަލާނގެ އެމީހުންގެ ބޯމައްޗަށް ހިއްލައިލީމެވެ. އޭތި ކޮންފަދަހެއްޔެވެ! އޭތި ހީވަނީ އެމީހުންގެ ބޯމައްޗަށް ހިޔާކުރާ ވިލާގަނޑެއްހެންނެވެ. އެމީހުންނަށް ހީވީ އެމީހުންގެމައްޗަށް ދެން ފަރުބަދަ ވެއްޓިދާނޭހެންނެވެ. (އެވަރުކޮށްފާ ދެން ތިމަންރަސްކަލާނގެ އެމީހުނަށް އެންގީމެވެ.) ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވި އެތީގައި އެބަހީ ފޮތުގައި ބާރަށް ހިފަހައްޓާށެވެ! އެބަހީ އެފޮތުގައިވާގޮތަށް عمل ކުރާށެވެ! އަދި އޭގައިވާ އެއްޗެއް ކަލޭމެން ހަނދާންކުރާށެވެ! އެއީ ކަލޭމެން ބިރުވެތިވޭތޯއެވެ. تقوى ވެރިވޭތޯއެވެ. (بني إسرائيل ންގެ حال ހުންނަވަރަކީ މިހުރީއެވެ.)

  172. 172

    وَإِذْ أَخَذَ رَبُّكَ مِنۢ بَنِىٓ ءَادَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰٓ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا۟ بَلَىٰ ۛ شَهِدْنَآ ۛ أَن تَقُولُوا۟ يَوْمَ ٱلْقِيَـٰمَةِ إِنَّا كُنَّا عَنْ هَـٰذَا غَـٰفِلِينَ

    Wa-ʹiẓ akhaẓa Rabbuka mim Baneee ʹaadama miñ z̤̣uhoorihim ẓurriyyatahum wa-ʹashhadahum ʻalaaa ʹañfusihim: ʹAlastu bi-Rabbikum? Q̣aaloo Balaa shahidnaa! ʹAñ taq̣ooloo Yawmal Q̣iyaamati ʹinnaa kunnaa ʻan haaẓaa g̣aafileen:

    (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ آدم ގެދަރިން އެމީހުންގެ ބަފައިންގެ ބުރިކަށިތަކުގައިތިބި حال (އެމީހުން ނެރުއްވައި) އެމީހުން ލައްވައި ހެކިކުރުވިހިނދު (ހަނދުމަފަޅު ކުރައްވާށެވެ!) އެ އެންމެންނަށް وحي ކުރެއްވިއެވެ. ކަލޭމެންގެ رَبّ ކަމުގައި ތިމަންރަސްކަލާނގެ ނުވޭހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. ނޫނެކޭ ތިޔައީ އަހުރެމެންގެ رَبّ އެވެ. (ދެންފަހެ އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ.) އަހުރެމެން ހެކިވެއްޖައީމެވެ. އެގޮތަށް އެކަލާނގެ އެމީހުން ހެކިވެރިކުރުވީ އަހުރެމެންވަނީ ތިޔަކަންތަކުން غافل ވެގެންނޭ قيامة ދުވަހުން ކަލޭމެން ނުބުނުމަށްޓަކައެވެ. (އަދި މިއާޔަތުގެ މާނަ ބައެއް مفسّر ން އެހެންގޮތަކަށް ކުރައްވާފައިވެއެވެ. އެގޮތަކީ، آدم ގެދަރިން ﷲ ގެ ޙަޟްރަތުގައި، ތިޔައީ އަހުރެމެންގެ رَبّ އޭ ދެންނެވީމާ ملائكة ބޭކަލުން ވިދާޅުވިއެވެ. އަހުރެމެން ތިޔަކަމަށް ހެކިވެއްޖައީމެވެ. އަހުރެމެންވަނީ ތިޔަކަންތަކުން غافل ވެގެންނޭ މިހެން قيامة ދުވަހުން ކަލޭމެން ނުބުނުމަށްޓަކައެވެ. މިދެގޮތަށްވެސް ترجمة ކުރެއްވިފައިވެއެވެ. والله أعلم)

  173. 173

    أَوْ تَقُولُوٓا۟ إِنَّمَآ أَشْرَكَ ءَابَآؤُنَا مِن قَبْلُ وَكُنَّا ذُرِّيَّةً مِّنۢ بَعْدِهِمْ ۖ أَفَتُهْلِكُنَا بِمَا فَعَلَ ٱلْمُبْطِلُونَ

    ʹAw taq̣oolooo ʹinnamaaa ʹashraka ʹaabaaaʹunaa miñ q̣ablu wa-kunnaa ẓurriyyatam mim baʻdihim: ʹa-fa-tuhlikunaa bimaa faʻalal mubṭiloon.

    ނުވަތަ ކަލޭމެން ބުނެފާނެތީއެވެ. (ކަލޭމެން ނުބުނުމަށްޓަކައެވެ.) ހަމަކަށަވަރުން شريك ކުރީ މީގެކުރީން އުޅުނު އަހުރެމެންގެ ކާބަފައިންނެވެ. އަހުރެމެންނަކީ އެމީހުންގެފަހުން އައި ދަރިފަސްކޮޅެކެވެ. (މިހެން ކަލޭމެން ބުނެފާނެއެވެ.) ފަހެ باطل ކަންތައް ކުރާމީހުން ކުރާކަންތަކުން އަޅަމެން ހަލާކުކުރައްވަނީތޯއެވެ.

  174. 174

    وَكَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ وَلَعَلَّهُمْ يَرْجِعُونَ

    Wa-kaẓaalika nufaṣṣilul ʹAayaati wa-laʻallahum yarjiʻoon.

    އަދި ތިމަންރަސްކަލާނގެ އާޔަތް تفصيل ކޮށް بيان ކޮށްދެއްވަނީ އެމީހުން އެތިބިގޮތް ދޫކޮށް ހެޔޮމަގަށް رجوع ވޭތޯއެވެ.

  175. 175

    وَٱتْلُ عَلَيْهِمْ نَبَأَ ٱلَّذِىٓ ءَاتَيْنَـٰهُ ءَايَـٰتِنَا فَٱنسَلَخَ مِنْهَا فَأَتْبَعَهُ ٱلشَّيْطَـٰنُ فَكَانَ مِنَ ٱلْغَاوِينَ

    Watlu ʻalayhim naba ʹallaẓeee ʹaataynaahu ʹaayaatinaa fañsalakha minhaa faʹatba ʻahush-Shayṭaanu fakaana minal g̣aaween.

    އަދި (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އާޔަތްތައް އެމީހަކަށް ދެއްވި މީހާގެ ވާހަކަ ކަލޭގެފާނު އެމީހުންނަށް ވިދާޅުވެދެއްވާށެވެ! ދެންފަހެ އެމީހާ އެއާޔަތްތަކުން މުޅިން ވަކިވެ ނިގުޅިގަނެއްޖެއެވެ. ދެން އޭނާޔާ تبع ވީ شيطان އާއެވެ. ފަހެ އޭނާ ވީ މަގުފުރެދި ހަލާކުވީ މީހުންގެތެރެއިންނެވެ. • ދަންނައެވެ. މިއާޔަތުގައި މި އިޝާރާތްކުރައްވާ މީހަކީ بني إسرائيل ގެ މީހެއްކަމުގައިވިއެވެ. އޭނާގެ ނަމަކަށް ކިޔަނީ يَلعم ނުވަތަ بَلَعَام އެވެ. އޭނާއަށް ﷲ نبي ކަން ދެއްވިކަމުގައިވެސް ބުނެވުނެވެ. ނުވަތަ އޭނާއަށް إسم ﷲ الأعظم ދެއްވިކަމުގައިވެއެވެ. ނުވަތަ ﷲ ގެ حجّة ތަކާއި دليل ތަކެއް އޭނާޔަށް އަންގަވައިދެއްވިކަމުގައިވިއެވެ. ދެންފަހެ އޭނާ އެކަންތަކުން ދުރުވެގަނެ އެކަންކަމުން ބަރީއަވީކަމުގައިވިއެވެ. ދެން އޭނާ شيطان އަށް تبع ވެ ގެއްލި ހަލާކުވީއެވެ. އަދި އަނެއް ރިވާޔަތެއްގައިވަނީ އެމީހަކީ أمَيّة بن أبى الصَّلتُ ކިޔާ މީހެއްކަމަށެވެ. މިވާހަކަތައް طبري ގެ تفسير ގައިވެސް ލިޔެވިގެންވެއެވެ. އެހެންނަމަވެސް އިތުބާރުކުރެވޭފަދަ صحّ ރިވާޔަތެއް ނުވާކަމުގައި أبوجعفر الطّبرى އެކަލޭގެފާނުންގެ تفسير ގައި ލިއުއްވާފައިވެއެވެ. والله أعلم - ދެން އަނެއް އާޔަތުގައި އެމީހާއާއި ބެހޭގޮތުން އެއަންގަވަނީ.

  176. 176

    وَلَوْ شِئْنَا لَرَفَعْنَـٰهُ بِهَا وَلَـٰكِنَّهُۥٓ أَخْلَدَ إِلَى ٱلْأَرْضِ وَٱتَّبَعَ هَوَىٰهُ ۚ فَمَثَلُهُۥ كَمَثَلِ ٱلْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا ۚ فَٱقْصُصِ ٱلْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ

    Wa-law shiʹnaa larafaʻnaahu bihaa walaakinnahooo ʹakhlada ʹilal ʹarḍi wattabaʻa hawaah. Famas̤aluhoo kamas̤alil kalb: ʹiñ taḥmil ʻalayhi yalhas̤ ʹaw tatrukhu yalhas̤. Ẓaalika mas̤alul q̣awmil laẓeena kaẓẓaboo biʹAayaatinaa. Faq̣ṣuṣil q̣aṣaṣa laʻallahum yatafakkaroon.

    އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ އޭނާ އެއާޔަތްތަކުގެ ސަބަބުން އުފުއްލަވައިފީހެވެ. މަތިވެރިކުރައްވައިފީހެވެ. އެހެނެއްކަމަކު އޭނާ ބިމަށް ލެނބިގަތީއެވެ. އެބަހީ ދުނިޔޭގެ حياة އަށް ލޯބިކުރީއެވެ. އަދި އޭނާގެ هواى نفس އާއި تبع ވީއެވެ. އޭނާގެ މިސާލަކީ ކުއްތާގެ މިސާލެވެ. އޭގެމައްޗަށް ބަރުކުރިއްޔާ ދޫނެރެގެން މާނޭވައިލައެވެ. އަދި ބަރުނުކޮށް ދޫކޮށްލާފައި އޮތަސް ދޫނެރެގެން މާނޭވައިލައެވެ. (އޭނާވެސް ﷲ ގެ وغظ އާއި نصيحة ލިބުނީމާވެސް ކާފަރުކަން ދޫކޮށް ހެޔޮމަގަށް رجوع ނުވިއެވެ. އަދި ﷲ ގެ وعظ އާއި نصيحة ނުލިބޭއިރުވެސް ކާފަރުކަން ދޫކޮށް ހެޔޮމަގަށް رجوع ނުވިއެވެ. އެހެންވެ އެގޮތުން مثال އެއްގޮތްވީއެވެ.) ދެން އެ އަންގަވަނީ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގު ކުރާމީހުންގެ مثال އަކީ އެއީއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް يعني: قوم ގެމީހުންނަށް ވާހަކަތައް ވިދާޅުވެދެއްވާށެވެ! އެއީ އެމީހުން ވިސްނާ فكر ކުރޭތޯއެވެ.

  177. 177

    سَآءَ مَثَلًا ٱلْقَوْمُ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَأَنفُسَهُمْ كَانُوا۟ يَظْلِمُونَ

    Saaaʹa mas̤alanil q̣awmul laẓeena kaẓẓaboo biʹAayaatinaa wa-ʹañfusahum kaanoo yaz̤̣limoon.

    ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރާމީހުންގެ مثال އެއީ ނުބައިވެގެންވާ مثال އެކެވެ. އަދި އެމީހުންގެ نفس ތައް ނުބައިވެގެންވެއެވެ. އެމީހުންވީ އަނިޔާވެރިވާ ބަޔަކުކަމުގައެވެ.

  178. 178

    مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِى ۖ وَمَن يُضْلِلْ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ

    Mañy yahdil laahu fahuwal muhtadee: wa-mañy yuḍlil faʹulaaaʹika humul khaasiroon.

    ﷲ އެމީހަކަށް ތެދުމަގުދެއްކެވި އަޅަކު (ދަންނައެވެ!) އެމީހަކީ އެއީ ތެދުމަގުގައި ވާނޭ މީހެކެވެ. ތެދުމަގު ލިބިގެންވާމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހަކު (ދަންނައެވެ!) ގެއްލި ހަލާކުވެގެންވާ ބަޔަކީ އެއީއެވެ.

  179. 179

    وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ ۚ أُو۟لَـٰٓئِكَ كَٱلْأَنْعَـٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَـٰٓئِكَ هُمُ ٱلْغَـٰفِلُونَ

    Wa-laq̣ad ẓaraʹnaa lijahannama kas̤eeram minal jinni wal-ʹiñs: lahum q̣uloobul laa yafq̣ahoona bihaa, wa-lahum ʹaʻyunul laa yubṣiroona bihaa, wa-lahum ʹaaẓaanul laa yasmaʻoona bihaa. ʹUlaaaʹika kal-ʹanʻaami bal hum ʹaḍall: ʹulaaaʹika humul g̣aafiloon.

    އަދި ހަމަކަށަވަރުން ނަރަކައަށްޓަކައި ޖިންނީންނާއި އިންސާނުންކުރެ ގިނަބަޔަކު ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އެމީހުންނަށް ހިތްތަކެއްވެއެވެ. އެމީހުން އެހިތްތަކުން ﷲ ގެ އާޔަތްތަކަކަށް އެކަލާނގެ ކުޅަދުންވަންތަކަމަކަށް އެކަލާނގެ އެއްކައުވަންތަ ކަމަކަށް ވިސްނާ فكر ނުކުރެއެވެ. އަދި އެމީހުންނަށް ލޯތަކެއްވެއެވެ. އެމީހުން އެލޯތަކުން ﷲ ގެ قدرة ތެރިކަމުގެ دليل ތަކަށް ބަލާއެއަށް تدبير ކޮށް ނުހަދައެވެ. އަދި އެމީހުންނަށް ކަންފަތްތަކެއްވެއެވެ. އެމީހުން އެކަންފަތަކުން ﷲ ގެ ފޮތުގެ އާޔަތްތަކެއް ނުއަހައެވެ. އަހައި فكر ނުކުރެއެވެ. އެމީސްމީހުން ހަމަ نعم ސޫފިފަދައެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެއަށްވުރެވެސް މަގުފުރެދުންބޮޑެވެ. އަދި غافل ވެގެންވާ ބަޔަކީ އެއީއެވެ.

  180. 180

    وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَـٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ

    Wa-lillaahil ʹAsmaaaʹul Ḥusnaa fadʻoohu bihaa. Waẓarul laẓeena yulḥidoona feee ʹAsmaaaʹih: sayujzawna maa- kaanoo yaʻmaloon.

    އަދި އެންމެރަނގަޅުވެގެންވާ އެންމެ ރިވެތި ނަންފުޅުތައް ﷲ އަށްވެއެވެ. ފަހެ އެނަންފުޅުތަކުން އެކަލާނގެއަށް ކަލޭމެން دعاء ކޮށް ގޮވާހަދާށެވެ! އަދި އެކަލާނގެ ނަންފުޅުތަކުގައި إلْحَادُ ކުރާމީހުން ކަލޭމެން ދޫކޮށްލާށެވެ! (إلْحَادُ ކުރުމަކީ އެނަންފުޅުތައް ބަދަލުކޮށް ހެދުމެވެ. ނުވަތަ އެއިން ނުބައި مُرَاد ކުރުމެވެ. އަދިވެސް އެބާވަތުގެ އެންމެހައި ކަމެކެވެ.) ނިކަންހުރެ އެމީހުން އެކުރާކަމުގައިވީ ނުބައި عمل ތަކަށް އެމީހުންނަށް جزاء ލިބޭނެއެވެ.

  181. 181

    وَمِمَّنْ خَلَقْنَآ أُمَّةٌ يَهْدُونَ بِٱلْحَقِّ وَبِهِۦ يَعْدِلُونَ

    Wa-mimman khalaq̣naaa ʹummatuñy yahdoona bilḥaq̣q̣i wa-bihee yaʻdiloon.

    އަދި ތިމަންރަސްކަލާނގެ ހެއްދެވި خلق ތަކުންގެ ތެރޭގައި حقّ އަށް ތެދުމަގު ލިބިގެންވާ ބަޔަކުވެއެވެ. އެމީހުން ތެދުމަގު ދައްކަނީވެސް حقّ އަށެވެ. އަދި އެ حقّ މަގުން އެމީހުން ނިޔާކޮށް عدل إنصاف ކުރެއެވެ.

  182. 182

    وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ

    Wallaẓeena kaẓẓaboo biʹAayaatinaa sanastadrijuhum min ḥays̤u laa- yaʻlamoon.

    އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރާމީހުން (ދަންނައެވެ!) ނިކަންހުރެ އެމީހުންނަށް ނޭނގޭގޮތަށް އެމީހުންނަށް ތަންވަޅުދީ مُهْلَةُ ދީފާ ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވާހުށީމެވެ.

  183. 183

    وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ

    Wa-ʹumlee lahum: ʹinna kaydee mateen.

    ތިމަންރަސްކަލާނގެ އެމީހުންނަށް مُهْلَةُ ދެއްވާ ލަސްކުރަށްވާ ހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ރޭވުން ނުހަނު ގަދަފަދަވެގެންވެއެވެ.

  184. 184

    أَوَلَمْ يَتَفَكَّرُوا۟ ۗ مَا بِصَاحِبِهِم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌ مُّبِينٌ

    ʹAwalam yatafakkaroo, Maa- bi-Ṣaaḥibihim miñ jinnah; ʹin huwa ʹillaa naẓeerum mubeen.

    އެމީހުން ފަހެ އެމީހުންގެ އެކުވެރިޔާއާމެދު (މާތް رسول އާއާއިމެދު) ވިސްނާ فكر ނުކުރޭހެއްޔެވެ؟ އެކަލޭގެފާނުންގެ ކިބައިގާ އެއްވެސް ޖިންނިބަލިކަމެއް / މޮޔަކަމެއް ނުވެއެވެ. އަދި بيان ވެގެންވާ ނުވަތަ بيان ކޮށްދޭ نَذِيْر އަކުކަމުގައިމެނުވީ، އެކަލޭގެފާނު ނުވެއެވެ.

  185. 185

    أَوَلَمْ يَنظُرُوا۟ فِى مَلَكُوتِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا خَلَقَ ٱللَّهُ مِن شَىْءٍ وَأَنْ عَسَىٰٓ أَن يَكُونَ قَدِ ٱقْتَرَبَ أَجَلُهُمْ ۖ فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ

    ʹAwalam yañz̤̣uroo fee Malakootis samaawaati wal-ʹarḍi wa-maa khalaq̣al laahu miñ shayʹiñw waʹan ʻasaaa ʹañy yakoona q̣adiq̣ taraba ʹajaluhum? fabiʹayyi Ḥadees̤im baʻdahoo yuʹminoon?

    އެމީހުން ފަހެ އުޑުތަކާއި ބިމުގައިވާތަކެއްޗަށް އަދި އެތަންތާނގެ ވެރިކަމަށް ބަލާ فكر ކޮށް ނުހަދަނީބާވައެވެ؟ އަދި ﷲ ހައްދަވާފައި އެންމެހާތަކެއްޗަށާއި (ބަލާ ވިސްނާ ނުހަދާބާވައެވެ.) އަދި ހަމަކަށަވަރުން އެމީހުންގެ أجل ގާތްވެގެންވުން އެކަށީގެންވެއެވެ. ގާތްވެގެންވެދާނެއެވެ. އެމީހުން ފަހެ މި ކީރިތި قرآن އަށްފަހު (އެބަހީ: قرآن އަށް އީމާންނުވެ) ދެން އެމީހުން އީމާންވާނީ ކޮންވާހަކައަކަށް ބާވައެވެ؟

  186. 186

    مَن يُضْلِلِ ٱللَّهُ فَلَا هَادِىَ لَهُۥ ۚ وَيَذَرُهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ

    Mañy yuḍlilil laahu falaa haadiya lah: wa-yaẓaruhum fee ṭug̣yaanihim yaʻmahoon.

    ﷲ މަގުފުރައްދަވާއަޅަކު (ދަންނައެވެ!) އޭނާއަށް ތެދުމަގު ދައްކާނޭ އެކަކުވެސް ނުވެއެވެ. އަދި އެމީހުންގެ ނުކިޔަމަންތެރިކަމާއި މަގުފުރެދުމުގައި ދެފުށުއެޅޭ حال އެކަލާނގެ އެމީހުން ދޫކުރައްވައެވެ.

  187. 187

    يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّى ۖ لَا يُجَلِّيهَا لِوَقْتِهَآ إِلَّا هُوَ ۚ ثَقُلَتْ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً ۗ يَسْـَٔلُونَكَ كَأَنَّكَ حَفِىٌّ عَنْهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

    Yasʹaloonaka ʻanis Saaʻati ʹayyaana mursaahaa? Q̣ul ʹinnamaa ʻilmuhaa ʻiñda Rabbee. Laa- yujalleehaa liwaq̣tihaaa ʹillaa Hoo. S̤aq̣ulat fis samaawaati wal-ʹarḍ. Laa- taʹteekum ʹillaa bag̣tah. Yasʹaloonaka kaʹannaka ḥafiyyun ʻanhaa. Q̣ul ʹinnamaa ʻilmuhaa ʻiñdal laahi wa-laakinna ʹaks̤aran naasi laa- yaʻlamoon.

    އަދި قيامة ވާނީ ކޮންއިރަކުންތޯ އަހައި ކަލޭގެފާނާ އެމީހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ އެނގުންވަނީ ހަމަކަށަވަރުން ﷲ ގެ حضرة ގައެވެ. (ތިމަންކަލޭގެފާނަކަށް ނޭނގެއެވެ.) އޭގެ އެނގުންވަނީ ތިމަންކަލޭގެފާނުންގެ رَبّ ގެ حضرة ގައެވެ. އެކަންވުމުގެ މަގު އެކަލާނގެއަށް މެނުވީ ހަމައެކަކަށްވެސް އެކަލާނގެ ނާންގަވައެވެ. (ކިތަންމެ ކުއްތަން މަލާއިކަތްބޭކަލަކަށްވިޔަސް އަދި މާތްވެގެންވާ رسول އަކަށް نبي އަކަށްވެސް ނާންގަވައެވެ.) އުޑުތަކާއި ބިމުގެ أهل ވެރިންނަށް އެކަން އެނގުން ބަރުވެގެންވެއެވެ. ބޮޑުވެގެންވެއެވެ. ކަލޭމެންނަށް ހަމަކުއްލިއަކަށްމެނުވީ قيامة ނާންނާނެއެވެ. އެބަހީ قيامة އަންނާނީ ހަމަކުއްލިއަކަށެވެ. އެމީހުން يعني: مشرك ން ކަލޭގެފާނާ އެކަމާބެހޭގޮތުން ސުވާލުކުރަނީއެވެ. ކަލޭގެފާނު އެކަންދެނެހުރި މީހަކުފަދައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ علم ވާކަންކަށަވަރީ އެކަމުގެ އެނގުންވާކަންކަށަވަރީ - ﷲ ގެ حضرة ގައެވެ. އަދި އެހެންނަމަވެސް ގިނަމީހުންނަކަށް ނޭނގެއެވެ.

  188. 188

    قُل لَّآ أَمْلِكُ لِنَفْسِى نَفْعًا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُ ۚ وَلَوْ كُنتُ أَعْلَمُ ٱلْغَيْبَ لَٱسْتَكْثَرْتُ مِنَ ٱلْخَيْرِ وَمَا مَسَّنِىَ ٱلسُّوٓءُ ۚ إِنْ أَنَا۠ إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ

    Q̣ul laaa ʹamliku linafsee nafʻañw walaa ḍarran ʹillaa maa- shaaaʹal laah. Wa-law kuñtu ʹaʻlamul g̣ayba lastaks̤artu minal khayri wa-maa massaniyas soooʹ. ʹIn ʹana ʹillaa naẓeeruñw wabasheerul liq̣awmiñy yuʹminoon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވި އެއްޗެއްމެނުވީ (އަދި ކަމެއްމެނުވީ) އަހުރެންގެ އަމިއްލަ نفس އަށް އެއްވެސް مَنْفَعَ އެއްވިޔަސް އަދި ނުވަތަ ގެއްލުމެއް އުނދަގުލެއްވިޔަސް އަހުރެންނަށް މިލްކުވެގެން ނުވެއެވެ. އަދި އަހުރެންނަށް غيب އެނގޭނަމަ ހަމަކަށަވަރުންވެސް ހެޔޮކަންތައްކުރުން ގިނަކުރީމުހެވެ. އަދި ނުބައިކަމެއް އަހުރެންގެ ގައިގާ ނުބީހުނީހެވެ. އަދި އަހުރެންނަކީ ނަރަކައިގެ خبر ތަކުން ބިރުވެރިކަމުގެ خبر ދެއްވާ (އަދި ސުވަރުގޭގެ ވާހަކައިން) އުފާވެރިކަމުގެ خبر ދެއްވާނޭމީހަކު ކަމުގައިމެނުވީ ނުވެއެވެ. އެއީ إيمان ވާ ބަޔަކަށެވެ.

  189. 189

    ۞ هُوَ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا ۖ فَلَمَّا تَغَشَّىٰهَا حَمَلَتْ حَمْلًا خَفِيفًا فَمَرَّتْ بِهِۦ ۖ فَلَمَّآ أَثْقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنْ ءَاتَيْتَنَا صَـٰلِحًا لَّنَكُونَنَّ مِنَ ٱلشَّـٰكِرِينَ

    Huwal laẓee khalaq̣akum min nafsiñw waaḥidatiñw wajaʻala minhaa zawjahaa liyaskuna ʹilayhaa. Falammaa tag̣ashshaahaa ḥamalat ḥamlan khafeefañ famarrat bih. Falammaaa ʹas̤q̣alad daʻawal laaha Rabbahumaa laʹin ʹaataytanaa ṣaaliḥal lanakoonanna minash Shaakireen.

    އެކަލާނގެއީ ކަލޭމެން ހަމައެންމެ نفس އަކުން ހެއްދެވި ކަލާނގެއެވެ. އެއީ (آدم عليه السّلام އެވެ.) އަދި އެކަލާނގެ އެ نفس ން އެ نفس ގެ އަނބި حوّى ގެފާނު ހެއްދެވިއެވެ. އެއީ އެކަލޭގެފާނު އެކަމަނާގެފަރާޕުޅު ން ހަމަޖެހުމާއި އަރާމުލިބިވަޑައިގަތުމަށެވެ. ދެންފަހެ އެކަލޭގެފާނު އެކަމަނާ ނިވައިކުރެއްވިހިނދުން (އެބަހީ އެކަމަނާއާއި جِمَاع ވެވަޑައިގެންނެވުމުން ބަލިވެއިނުމުގެ (އާލާސްވެ އިންނެވުމުގެ) އަސަރު ލުއިލުއިގޮތަކަށް ފާޅުވެއްޖެއެވެ. ދެންފަހެ އެކަމަނާގެ رَحِمُ ގައި އެކަން ދެމިހުރެއްޖެއެވެ. ދެން އެކަމަނާއަށް ބަލިވެއިނުން ބަރުވުމުން (ދަރިފުޅުބޮޑުވިހިނދުން) އެދެކަނބަލުން ﷲ އަށް دعاء ދެންނެވިއެވެ. އިބަރަސްކަލާނގެ އަޅަމެނަށް صالح ދަރިކަލަކު ދެއްވައިފިއްޔާ ހަމަކަށަވަރުންވެސް شكر ކުރާ އަޅުންގެ ތެރެއިން އަޅަމެންވާހުށީމެވެ.

  190. 190

    فَلَمَّآ ءَاتَىٰهُمَا صَـٰلِحًا جَعَلَا لَهُۥ شُرَكَآءَ فِيمَآ ءَاتَىٰهُمَا ۚ فَتَعَـٰلَى ٱللَّهُ عَمَّا يُشْرِكُونَ

    Falammaaa ʹaataahumaa ṣaaliḥañ jaʻalaa lahoo shurakaaaʹa feemaaa ʹaataahumaa. Fataʻaalal laahu ʻammaa yushrikoon.

    ދެންފަހެ އެކަލާނގެ އެދެކަނބަލުންނަށް صالح ދަރިކަލަކު ދެއްވިހިނދުން އެދެކަނބަލުން އެކަލާނގެއަށް شريك ންތައްލައިފިއެވެ. (ރިވާވެގެންވަނީ: شريك ލެއްވީ ނަމުގައެވެ. އެ ވިހެއި ދަރިކަލުންނަށް ނަންދެއްވީ عبد الحَرث ކަމުގައިވިއެވެ. އެއީ شيطان ގެ ވަސްވާސްދެއްވުމުގެ ނަތީޖާއެއްގެގޮތުންނެވެ. - الحَرث އެއީ ﷲ ގެ ނަންފުޅެއްނޫނެވެ. އެއީ شيطان ގެ ނަމެވެ. މިވާހަކަ أبو جعفر الطَّبرى ގެ تفسير ގައްޔާއި އަދި އެހެނިހެން تفسير ތަކުގައި އެކިގޮތްގޮތަށް ބަޔާންކުރެވިފައިވެއެވެ. والله أعلم) ފަހެ އެމީހުން އެ شريك ކުރާތަކެތީން އެބަހީ مشرك ން شريك ކުރާތަކެތިފިޔަވައި އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ.

  191. 191

    أَيُشْرِكُونَ مَا لَا يَخْلُقُ شَيْـًٔا وَهُمْ يُخْلَقُونَ

    ʹA-yushrikoona Maa laa- yakhluq̣u shayʹañw wahum yukhlaq̣oon?

    އެއްޗެއް ނުހެއްދެވޭ ފަރާތްތަކަކަށް (ބުދުތަކަކަށް) އެމީހުން އެކަލާނގެއާއި شريك ކުރަނީހެއްޔެވެ؟ އަދި އެތަކެތި އެވަނީ ހެއްދެވިގެންވާ ތަކެތިކަމުގައެވެ. مخلوق ންނެވެ.

  192. 192

    وَلَا يَسْتَطِيعُونَ لَهُمْ نَصْرًا وَلَآ أَنفُسَهُمْ يَنصُرُونَ

    Wa-laa yastaṭeeʻoona lahum naṣrañw walaaa ʹañfusahum yañṣuroon.

    އަދި އެމީހުންނަށް نصر އެއްދިނުމަށްވެސް - (އެބަހީ އެބުދުތަކަށް އަޅުކަންކުރާމީހުންނަށް އެއްވެސް نصر އެއް ދިނުމަށްވެސް) އެތަކެއްޗަކަށް (އެބުދުތަކަކަށް) ކުޅަދާނަ ނުވާނެއެވެ. އަދި އެތަކެތީގެ އަމިއްލަ نفس ތަކަށް نصر އެއް ދިނުމަށްވެސް ކުޅަދާނަވެގެން ނުވެއެވެ.

  193. 193

    وَإِن تَدْعُوهُمْ إِلَى ٱلْهُدَىٰ لَا يَتَّبِعُوكُمْ ۚ سَوَآءٌ عَلَيْكُمْ أَدَعَوْتُمُوهُمْ أَمْ أَنتُمْ صَـٰمِتُونَ

    Wa-ʹiñ tadʻoohum ʹilal hudaa laa- yattabiʻookum. Sawaaaʹun ʻalaykum ʹa-daʻawtumoohum ʹam ʹañtum ṣaamitoon.

    (އޭ މީސްތަކުންނޭވެ!) ކަލޭމެން އެމީހުންނަށް ތެދުމަގުގެ ފަރާތަށް ގޮވާ دعوة ދިނަސް އެފަދަމީހުން ކަލޭމެނާ تبع ނުވާނެއެވެ. ކަލޭމެން އެމީހުންނަށް دعوة ދިނުމެކޭ ނުވަތަ دعوة ނުދީ ހަމަހިމޭނުން ތިބުމެކޭ ހަމަހަމައެވެ. (އެމީހުން ހެޔޮމަގަށް ނާންނާނެއެވެ.)

  194. 194

    إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ عِبَادٌ أَمْثَالُكُمْ ۖ فَٱدْعُوهُمْ فَلْيَسْتَجِيبُوا۟ لَكُمْ إِن كُنتُمْ صَـٰدِقِينَ

    ʹInnal laẓeena tadʻoona miñ doonil laahi ʻibaadun ʹams̤aalukum fadʻoohum fal-yastajeeboo lakum ʹiñ kuñtum ṣaadiq̣een!

    (އޭ مشرك ންނޭވެ!) ކަލޭމެން ﷲ ފިޔަވައި އެތަކެއްޗަށް ގޮވާތިޔަ دعاء ކުރާތަކެއްޗަކީ ހަމަ ކަލޭމެންކަހަލަ އަޅުންނެވެ. (مخلوق ންނެވެ.) ކަލޭމެން އެތަކެއްޗަށްގޮވާ دعاء ކޮށް އަދި އިޖާބަކޮށްދިނުމަށް އެދޭށެވެ! ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ (ނިކަން ބުނެބަލާށެވެ! އެތަކެތިން އެއްވެސް منفع އެއް އަދި ގެއްލުމެއްވޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ.)

  195. 195

    أَلَهُمْ أَرْجُلٌ يَمْشُونَ بِهَآ ۖ أَمْ لَهُمْ أَيْدٍ يَبْطِشُونَ بِهَآ ۖ أَمْ لَهُمْ أَعْيُنٌ يُبْصِرُونَ بِهَآ ۖ أَمْ لَهُمْ ءَاذَانٌ يَسْمَعُونَ بِهَا ۗ قُلِ ٱدْعُوا۟ شُرَكَآءَكُمْ ثُمَّ كِيدُونِ فَلَا تُنظِرُونِ

    ʹAlahum ʹarjuluñy yamshoona bihaaa ʹam lahum ʹaydiñy yabṭishoona bihaaa ʹam lahum ʹaʻyunuñy yubṣiroona bihaaa ʹam lahum ʹaaẓaanuñy yasmaʻoona bihaa? Q̣ulid ʻoo shurakaaaʹakum s̤umma keedooni falaa tuñz̤̣iroon.

    (އޭ މިތިބަ مشرك ންނޭވެ! ބުދަށް އަޅުކަންކުރާ މީހުންނޭވެ!) އެތަކެއްޗަށް (އެބަހީ އެބުދުތަކަށް) އެތަކެތި ހިނގާފައިދާނެ ފައިތަކެއް ވޭހެއްޔެވެ؟ (އެބަހީ ހިނގާނެ ފައިތަކެއް ނުވެއެވެ.) ނުވަތަ އެތަކެތި އެއްޗެތީގައި ހިފާނެ އަތްތަކެއްވޭހެއްޔެވެ؟ (އެބަހީ ތަކެތީގައި ހިފާނެ އަތެއް ނުވެއެވެ.) އަދި އެތަކެއްޗަށް އެލޯތަކުން ބަލާނޭ ލޯތަކެއްވޭހެއްޔެވެ؟ (އެބަހީ ތަކެތި ބަލާކަހަލަ ލޮލެއް ނުވެއެވެ.) ނުވަތަ އެތަކެއްޗަށް އެކަންފަތްތަކުން އަޑުއަހާނެ ކަންފަތްތަކެއް ވޭހެއްޔެވެ؟ (އެބަހީ އަޑުއިވޭ ކަންފަތެއް ނުވެއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެން مشرك ންނޭވެ!) ކަލޭމެން ކަލޭމެންގެ شريك ންތަކަށް ގޮވާ دعاء ކުރާށެވެ! (އަދި ކަލޭމެންނާ އެތަކެއްޗާވެގެން) އަހުރެންނަށް ރޭވުމެއް ރާވާ مكر އެއް ހަދާށެވެ! އަދި އަހުރެންނަށް އެއްވެސް فرصة އެއް، އަދި ތަންވަޅެއްވެސް ނުދީބަލާށެވެ! (އެތަކެއްޗަށް މިއިން އެއްވެސްކަމެއް ވާނީއެއްނޫނެވެ. އެހެނީ އެއީ جَمَاد އެއްޗެތި ތަކެކެވެ. منفع އެއްދިނުމެއް ގެއްލުމެއް ދިނުމެއް مِلْكُ ވެގެން ނުވެއެވެ. އެވަރުންވެސް ކަލޭމެން އެތަކެއްޗަށް އަޅުކަންކުރަނީހެއްޔެވެ؟)

  196. 196

    إِنَّ وَلِـِّۧىَ ٱللَّهُ ٱلَّذِى نَزَّلَ ٱلْكِتَـٰبَ ۖ وَهُوَ يَتَوَلَّى ٱلصَّـٰلِحِينَ

    ʹInna Waliyyal laahul laẓee nazzalal Kitaaba wa-Huwa yatawallaṣ Ṣaaliḥeen.

    އަދި އަހުރެންގެ ސަހަރޯވެރިއަކީ ﷲ އެވެ. އެކަލާނގެއީ ފޮތް ބާވައިލައްވާ ކަލާނގެއެވެ. އަދި އެމީހެއްގެ عمل ތައް صلح ވެގެންވާ صالح މާތްމީހުންނަށް އެކަލާނގެ ސަހަރޯވެރިވެވޮޑިގަންނަވައެވެ. (އެއީ އެމީހުންގެ ސަހަރޯވެރިޔާއެވެ.)

  197. 197

    وَٱلَّذِينَ تَدْعُونَ مِن دُونِهِۦ لَا يَسْتَطِيعُونَ نَصْرَكُمْ وَلَآ أَنفُسَهُمْ يَنصُرُونَ

    Wallaẓeena tadʻoona miñ doonihee laa- yastaṭeeʻoona naṣrakum wa-laaa ʹañfusahum yañṣuroon.

    އަދި އެކަލާނގެ ފިޔަވައި ކަލޭމެން ތިޔަގޮވާ دعاء ކުރާތަކެތި ދަންނައެވެ! ކަލޭމެނަށް نصر އެއް ދޭކަށް އެތަކެއްޗަށް ކުޅަދާނަވެގެން ނުވެއެވެ. ނުވެސްވާނެއެވެ. އަދި އެތަކެތީގެ އަމިއްލަ نفس ތަކަށް نصر ދޭންވެސް ކުޅަދާނަ ނުވެއެވެ. (ދެން އެކަލާނގެއާއި އެތަކެއްޗާއި ހަމަހަމަކޮށް އެތަކެއްޗަށް އަޅުކަންކުރުން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟)

  198. 198

    وَإِن تَدْعُوهُمْ إِلَى ٱلْهُدَىٰ لَا يَسْمَعُوا۟ ۖ وَتَرَىٰهُمْ يَنظُرُونَ إِلَيْكَ وَهُمْ لَا يُبْصِرُونَ

    Wa-ʹiñ tadʻoohum ʹilal hudaa laa- yasmaʻoo. Wa-taraahum yañz̤̣uroona ʹilayka Wahum laa- yubṣiroon.

    އަދި (އޭ مشرك ންނޭވެ!) ކަލޭމެން ތިޔަ އަޅުކަންކުރާ ތަކެއްޗަށް ތެދުމަގުގެ ފަރާތަށް ކަލޭމެން ގޮވިނަމަވެސް އެތަކެތި އެއަޑު ނުއަހާނެއެވެ. އަދި ކަލޭ އެތަކެތި ދެކޭނީ / ނުވަތަ އެތަކެތި ފެންނާނީ ކަލެއް ބަލާގޮތަށެވެ. ހީވާނީ ބަލާހެންނެވެ. އެކަމަކު އެތަކެއްޗަކަށް ނުފެންނާނެއެވެ.

  199. 199

    خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَـٰهِلِينَ

    Khuẓil ʻafwa waʹmur bilʻurfi wa-ʹaʻriḍ ʻanil jaahileen.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު عفو ކުރެއްވުމުގައި ހިއްޕަވާށެވެ! عفوކުރައްވާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރައްވާށެވެ! އަދި ޖާހިލުންގެފަރާތުން އެނބުރި ވަޑައިގަންނަވާށެވެ! (އޭގެ މާނައީ އޭ رسول ﷲ އެވެ!) ކަލޭގެފާނާ ގުޅުންކެނޑިފައިވާ މީހަކަށްނަމަ ގުޅުން ބަދަހިކުރައްވާށެވެ! އަދި އެމީހަކަށް އެތިކޮޅުދިނުން ކަނޑާފައިވާ މީހާއަށް އެތިކޮޅުދޭށެވެ! އަދި ކަލޭގެފާނަށް އަނިޔާކުރި މީހާއަށް عفو ކުރައްވާށެވެ. މިއެވެ. والله أعلم) = تفسير الطّبرى =

  200. 200

    وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَـٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۚ إِنَّهُۥ سَمِيعٌ عَلِيمٌ

    Wa-ʹimmaa yañzag̣annaka minash Shayṭaani nazg̣uñ fastaʻiẓ billaah; ʹinnahoo Sameeʻun ʻAleem.

    އަދި ކަނޑައެޅިގެން شيطان އާގެފަރާތުން ކަލޭގެފާނަށް ވަސްވާހެއްކޮށް ކަލޭގެފާނު ކޯފާކުރުވަންޏާ ކަލޭގެފާނު ﷲ ގެ حضرة ން ވާގިއެދިވަޑައިގެން حماية އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

  201. 201

    إِنَّ ٱلَّذِينَ ٱتَّقَوْا۟ إِذَا مَسَّهُمْ طَـٰٓئِفٌ مِّنَ ٱلشَّيْطَـٰنِ تَذَكَّرُوا۟ فَإِذَا هُم مُّبْصِرُونَ

    ʹInnal laẓeenat taq̣aw ʹiẓaa massahum ṭaaaʹifum minash Shayṭaani taẓakkaroo faʹiẓaa hum mubṣiroon!

    ހަމަކަށަވަރުން تقوى ވެރިވީމީހުންނަށް شيطان އާގެފަރާތުން ވަސްވާހެއް ނުވަތަ ބޭކާރު خيال އެއް އައިސް މަގުންނެއްޓޭއިރަށް އެމީހުން ﷲ ގެ ހައިބަވަންތަކަމާއި އެކަލާނގެ ނަހީތައް ހަނދާންވެ އެކުރެވޭ ނުބައިކަމެއް ހުއްޓާލާފާނެއެވެ.

  202. 202

    وَإِخْوَٰنُهُمْ يَمُدُّونَهُمْ فِى ٱلْغَىِّ ثُمَّ لَا يُقْصِرُونَ

    Wa-ʹikhwaanuhum yamuddoonahum fil g̣ayyi s̤umma laa- yuq̣ṣiroon.

    އަދި އެ شيطان އާގެ أخ ންތައް (އެބަހީ شيطان އާގެބަހަށް ހެއްލި އޭނާޔާ تبع ވާމީހުން) އެ شيطان ން އެސޮރުމެންގެ أخ ން މަގުފުރެދުމުގެތެރޭގައި ދަމަހައްޓުވާނެއެވެ. ދެން އެބައިމީހުން އެކަން ހުއްޓައިނުލައި ނުބައި ކަންތައް ދަމަހައްޓާނެއެވެ. ކުރިޔަށް ގެންދާނެއެވެ.

  203. 203

    وَإِذَا لَمْ تَأْتِهِم بِـَٔايَةٍ قَالُوا۟ لَوْلَا ٱجْتَبَيْتَهَا ۚ قُلْ إِنَّمَآ أَتَّبِعُ مَا يُوحَىٰٓ إِلَىَّ مِن رَّبِّى ۚ هَـٰذَا بَصَآئِرُ مِن رَّبِّكُمْ وَهُدًى وَرَحْمَةٌ لِّقَوْمٍ يُؤْمِنُونَ

    Wa-ʹiẓaa lam taʹtihim̃ biʹAayatiñ q̣aaloo law-laj tabaytahaa? Q̣ul ʹinnamaaa ʹattabiʻu maa- yooḥaaa ʹilayya mir Rabbee. Haaẓaa Baṣaaaʹiru mir Rabbikum wa-Hudañw wa-Raḥmatul liq̣awmiñy yuʹminoon.

    އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންގެގާތަށް އެބަހީ: مشرك ންގެ ގާތަށް އާޔަތަކައިގެން ވަޑައިނުގެންފިއްޔާ (އެބަހީ އާޔަތް ބާވައިލެއްވުން ލަސްވެއްޖެއްޔާ) އެމީހުން ބުނާނެއެވެ. ކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން އާޔަތެއް ނުގެނައީ ކީއްވެގެންހެއްޔެވެ؟ (އާޔަތެއް އަމިއްލަފުޅަށް ހެއްދެވިނަމައެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން تبع ވާކަންކަށަވަރީ އަހުރެންގެ ربّ ގެ حضرة ން އަހުރެންނަށް ބާވައިލެއްވޭ وحي އާއެވެ. މި قرآن މިއީ ކަލޭމެންގެ ربّ ގެ حضرة ން އައިސްފައިވާ دليل ތަކެކެވެ. حجّة ތަކެކެވެ. އަދި އީމާންވާބަޔަކަށްވާ ތެދުމަގަކާއި رحمة އެކެވެ.

  204. 204

    وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ

    Wa-ʹiẓaa q̣uriʹal Q̣urʹaanu fastamiʻoo lahoo wa-añṣitoo laʻallakum turḥamoon.

    އަދި قرآن ކިޔެވެންޏާ ކަލޭމެން އެޔަށްކަނުލައި އަހައި ހަނުހިމޭނުން ތިބޭށެވެ! އެއީ ކަލޭމެނަށް رحمة ލެއްވޭތޯއެވެ.

  205. 205

    وَٱذْكُر رَّبَّكَ فِى نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ ٱلْجَهْرِ مِنَ ٱلْقَوْلِ بِٱلْغُدُوِّ وَٱلْـَٔاصَالِ وَلَا تَكُن مِّنَ ٱلْغَـٰفِلِينَ

    Waẓkur Rabbaka fee nafsika taḍarruʻañw wakheefatañw wadoonal jahri minal q̣awli bilg̣uduwwi wal-ʹaaṣaali wa-laa takum minal g̣aafileen.

    އަދި ކަލޭގެފާނު އަމިއްލަ نفس ފުޅަށް تواضع ވެރިކަމާއި މަޑުމޮޅިކަމާއި ބިރުވެތިކަމާއިއެކު ކަލޭގެފާނުންގެ ربّ ހަނދުމަންކުރައްވާށެވެ! ﷲ ގެ ذِكر ކުރައްށެވެ! އަދި ދުލުން دعاء ކުރައްވާއިރުވެސް އަޑުބާރުނޫންކޮށް ހެނދުނާ ހަވީރު دعاء ކުރައްވާ ذِكر ކުރައްވާށެވެ! އަދި غافل ންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! (ދަންނައެވެ! މިފަދަ ކޮންމެ مخاطب އަކީ أمّة ގެ އެންމެންނަށްވާ مخاطب އެކެވެ.)

  206. 206

    إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسْجُدُونَ ۩

    ʹInnal laẓeena ʻiñda Rabbika laa- yastakbiroona ʻan ʻibaadatihee wa-yusabbiḥoonahoo wa-lahoo yasjudoon,

    ހަމަކަށަވަރުން ކަލޭގެފާނުގެ ربّ ގެ حضرة ގައިވާ ބޭކަލުން (މަލާއިކަތްބޭކަލުން) އެކަލާނގެއަށް އަޅުކަންކުރެއްވުމަކަށް ބޮޑާވެ ކިބުރުވެރިވެވަޑައި ނުގަންނަވައެވެ. އަދި އެބޭކަލުން އެކަލާނގެއަށް تسبيح ވިދާޅުވެއެވެ. އަދި އެބޭކަލުން سجدة ކުރައްވަނީ ހަމަ އެކަލާނގެއަށެވެ.